ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/28
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނަން ސިއްރުކޮށްފައި، 2025/HC-B12/28
Prosecutor General v. Name withheld 2025/HC-B12/28 (2025/HC-B12/28, High Court of the Maldives, 17 July 2025)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނަން ސިއްރުކޮށްފައި
މައްސަލައިގެ ޚުލާޞާ
ހެކިންގެ ހެކިބަސް ނެގިފައިވާތީ ނުފޫޒު ފޯރުވިދާނެ ހެއްކެއް މިހާރު ނެތްކަމަށް ބުނެ، ދަށުކޯޓުން ފުރަތަމަ ފަރާތުގެ ޝަރުޠުތައް ބާޠިލުކޮށް، ދެވަނަ ފަރާތް ބަންދުކުރި ޙާލަތު ބަދަލުވެފައިވާކަމަށް ކަނޑައަޅައި ބަންދުން ދޫކުރިއެވެ.
ދައުލަތުން ޖިންސީ ކުށުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ދެ ތުހުމަތުކުރެވޭ ފަރާތެއްގެ މައްޗަށް މެޖިސްޓްރޭޓް ކޯޓުގައި ދަޢުވާ އުފުލިއެވެ. ފުރަތަމަ ފަރާތް މާބަނޑުވެފައިވާތީ ދައުލަތުގެ އެދުމަށް 2024 ގައި ޝަރުޠުތަކާއެކު ބަންދުން ދޫކުރި ނަމަވެސް، އެ އަމުރުގައިވެސް މުޖުތަމަޢަށް ނުރައްކާއާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތްކަން ފާހަގަކޮށްފައިވެއެވެ. ދެވަނަ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ދައުލަތުން ބުނީ ބިޝާރު ޤަޟިއްޔާއާއި ޢިރުފާން ތަޤިއްޔު ޤަޟިއްޔާގެ އުޞޫލުތަކާއި ޤާނޫނުއަސާސީގެ 143 (ރ) އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާ ޚިލާފަށް، އަދި ސަބަބު ބަޔާންނުކޮށް ނިންމާފައިވާ ކަމަށެވެ. ތުހުމަތުކުރެވޭ ފަރާތްތަކުން ބުނީ ފުރަތަމަ ފަރާތަކީ ބަންދުގައިވާ މީހެއް ނޫންކަމަށާއި، ބަދަލުވި ޙާލަތު އިޖުމާލީ ގޮތެއްގައި ބަޔާންކޮށްގެން ބަންދުން ދޫކުރެވިދާނެ ކަމަށެވެ.
މައިގަނޑު ސުވާލު
ޖިންސީ ކުށާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ދަޢުވާ އުފުލިފައިވާ ދެ ތުހުމަތުކުރެވޭ ފަރާތެއްގެ މައްސަލައިގައި، ހެކިންގެ ހެކިބަސް ނެގިފައިވާތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ފިލައިގެން ދިޔަކަމަށް ބުނެ، ޝަރުޠުކޮށް ބަންދުން ދޫކުރި އަމުރެއްގެ ޝަރުޠުތައް އުވާލުމާއި ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރެއް މުރާޖަޢާކޮށް ބަންދުން ދޫކުރުން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި 143 ވަނަ މާއްދާގެ (ރ) އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާ އެއްގޮތްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު (ބަންދު މުރާޖަޢާކޮށް ނިންމިގޮތާއި ބަންދުން ދޫކުރި ކޯޓު އަމުރު ބާޠިލު؛ ދައުލަތުން 2 ދުވަހުގެ ތެރޭ ހުށަހަޅައިފިނަމަ 5 ދުވަހުގެ ތެރޭ ބަންދާމެދު އަލުން ގޮތެއް ނިންމުމަށް އަންގައިފި) - ފަނޑިޔާރުންގެ އިއްތިފާޤުން
ބަންދު އަމުރުތައް ގުޅިފައިވާ ސިލްސިލާއެއް ކަމަށްވާތީ ކުރީގެ އަމުރުތަކަށް ނުބަލައި ގޮތެއް ނިންމިދާނެ ނޫނެވެ؛ ޤާނޫނީ ބިނާއެއް ނެތި ނެރުނު ޝަރުޠީ ދޫކުރުމުގެ އަމުރު މުރާޖަޢާކުރި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ. ބިޝާރު ޤަޟިއްޔާގައިވާ ގޮތުން ހެކިބަސް ނެގުމަކީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ފިލައިދާ ކަމެއް ނޫންކަމަށްވާތީ، ދެ ނިންމުމަކީވެސް ސުޕްރީމް ކޯޓުގެ އުޞޫލުތަކާއި ޤާނޫނުއަސާސީގެ 143 (ރ) އާ ޚިލާފު ނިންމުންތަކެކެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ރ) ގެ ދަށުން ކަފާލަތުގެ އުޞޫލުން ނުވަތަ ޝަރުޠުތަކާއެކު މީހަކު ބަންދުން ދޫކުރެވޭނީ، އެ މާއްދާގެ (ށ) ގެ (1) އިން (4) އަށް ބަޔާންކުރާ ސަބަބެއް ނެތް ޙާލަތެއްގައި، އަދި ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރި ޙާލަތެއްގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26-27)
- މައްސަލައަކާ ގުޅިގެން ނެރޭ އެންމެހައި ބަންދު އަމުރުތަކަކީ އެއް އަމުރު އަނެއް އަމުރާ ގުޅިފައިވާ އަމުރުތަކެއް ކަމަށްވާތީ، އެ ގުޅުން ފެށެނީ ފުރަތަމަ ބަންދު އަމުރާއި އެ އަމުރު ނެރުމަށް ފަނޑިޔާރު ބަރޯސާވި ވަސީލަތްތަކުންނެވެ. ބަންދުކުރުމަށް ނެރުނު އަމުރުތަކުގެ މާޒީއަށް ނުބަލައި ޝަރުޠުކޮށް ދޫކުރި އަމުރެއް މުރާޖަޢާކޮށް ޝަރުޠުތައް ދަމަހައްޓަންޖެހޭ ޙާލަތެއް ނެތްކަމަށް ނިންމިދާނެ ކަމަކަށް ނުދެކެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29-30)
- މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުމުގެ އިޙްތިމާލާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތްކަމަށް ކޯޓުން ފާހަގަކޮށްފައި އޮއްވާ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ކޮން މާއްދާއެއްގެ ދަށުން ނެރުނުކަން ބަޔާންނުކޮށް ޝަރުޠުކޮށް ބަންދުން ދޫކުރި އަމުރަކީ 60 ވަނަ މާއްދާގެ (ރ) ގެ ދަށުން ނެރެވިދާނެ އަމުރެއް ކަމަށް ބެލެވޭނެ ޤާނޫނީ ބިނާއެއް ނެތް އަމުރެކެވެ. އެފަދަ އަމުރެއްގެ ޤާނޫނީ ހައިސިއްޔަތު ނޭނގޭއިރު، އެ އަމުރު މުރާޖަޢާކޮށް ނިންމި ނިންމުމަކީވެސް ރަނގަޅު ނިންމުމެއް ކަމަށް ކަނޑައެޅޭނެ ޤާނޫނީ ހަމައެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36-39)
- ބަންދު މުރާޖަޢާކުރުމުގައި އަސްލު މައްސަލައިގެ ޝަރީޢަތުގައި ހިނގާ ކަމަކަށް ފަނޑިޔާރު ރިޢާޔަތްކޮށްގެން ނުވާނެއެވެ. ފަނޑިޔާރު ބަލަންވާނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތުތަކަށް ބަދަލެއް އައިސްފައިވޭތޯ، އެންމެ ފުރަތަމަ ބަންދާމެދު ގޮތެއް ނިންމުމުގައި އެހީހޯދި ވަސީލަތްތަކުގެ ބޭނުންކޮށްގެންނެވެ. (ޢިރުފާން ތަޤިއްޔު ޤަޟިއްޔާ؛ ޕެރ. 28، 41، 46)
- ޝަރީޢަތުގައި ހެކިންގެ ހެކިބަސް ނެގިފައިވުމަކީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ނެތިގެންދިޔުން ކަމުގައި ނުބެލެވޭނެއެވެ. އެއީ ޙުކުމްކުރުމުގެ ކުރިން ކުރިން ހާޒިރުކުރި ހެއްކެއް އަލުން ހާޒިރުކުރަންޖެހިދާނެތީއާއި، ޝަރީޢަތުން ކަމެއް ސާފުކުރުމަށް އަޑުއެހުން އަލުން ހުޅުވާލެވިދާނެތީއެވެ. އެހެންކަމުން، ހަމައެކަނި ހެކިބަސް ނަގާ ނިމުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތު ބަދަލުވިކަމަށް ކަނޑައެޅިދާނެ ޖާއިޒު ސަބަބެއް ނޫނެވެ. (ބިޝާރު ޤަޟިއްޔާ؛ ޕެރ. 45، 48، 50، 57-58)
- ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކަށް ތަބާވުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން ދަށު މަރުޙަލާގެ ކޯޓުތަކަށް ލާޒިމްކަމެކެވެ. އެ އުޞޫލުތަކާ ޚިލާފަށް ނިންމާ ނިންމުމަކީ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެކެވެ. އަދި ފަނޑިޔާރަކު ނިންމުމަށް ވާޞިލުވި ސަބަބުތައް ޖުމްލަ ގޮތެއްގައި ނަމަވެސް ބަޔާންކުރަން ޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41، 47، 49-50)
1މިއީ، ×××××× މެޖިސްޓްރޭޓް ކޯޓު )މީގެ ފަހުން "×××××× މެޖިސްޓްރޭޓް ކޯޓު" ނުވަތަ "ދަށު ކޯޓު"( ގެ ނަންބަރ AM/2025/10/XXX )04 ޖޫން 2025( "ކޯޓު އަމުރު މުރާޖަޢާކޮށް ނިންމިގޮތް" އަދި އެ ކޯޓުގެ ނަންބަރު AM/2025/09/XXX )04 ޖޫން 2025( "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" އިން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2025/11/MA/XXX )04 ޖޫން 2025( "ކޯޓު އަމުރު" އަކުޝަރުޢީ އަދި ޤާނޫނީ އުޞޫލތަކާއ ޚިލާފު ނިންމުންތަކެއްކަމަށް ބުނެ އެ ނިންމުނެއިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް"( ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށްހުށަހެޅުމުނ ބެލެވޭ ޤަޟިއްޔާއެކެވެ.
2XXXXXX މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު AM/2025/10/XXX) 04 ޖޫން 2025( "ކޯޓު އަމުރު މުރާޖަޢާކޮށް ނިންމިގޮތް" އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލަމުންދާ މި ކޯޓުގ ނަންބަރ 2025/HC-B12/27 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ×××××××××، ××××××××××، އާމިނަތު ޛިހުނއެވެ.
3××××× މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު AM/2025/09/XXX) 04 ޖޫން 2025( "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" އިން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު MA/2025/11/XXX) 04 ޖޫން 2025( "ކޯޓު އަމުރު" އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލަމުންދާ ނަންބަރު ދރކ ނަންބަރު XXXXXA 2025/HC-B12/28 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ××××××××، ×××××××××××، މުޞްލިޙް ނިޡާމްއެވެ.F
4މި ރިޕު ޓުގައޯ އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ހިނދަކު، "އިސްތިއުނާފ ރައްދުވާ ފަރާތްތައް" ކަމަށް ބަޔާންކޮށްފައިއެވަނީ ×××××××××××××××××××××، އާމިނަތު ޛިހުނާ އަދި ×××××××× ×××××××××××، މުޞްލިޙް ނިޡާމް އަށް މުޚާތަބުކޮށެވެ. މި ރިޕޯޓުގައި، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ޙާލަތު ތަފާތުވާކަމެއް ބަޔާންކޮށްފައިވާނަމަ، އެ ފަރާތެއްގެ ނަމުން މުޚާތަބުކޮށް އެ ކަމެއް ފާހަގަކޮށްފައިވާނެއެވެ.
5މި ޤަޟިއްޔާތަކުގައިބަހުސްކުރެވ ނިންމުންތަކަކޭއެއް ހާދިސާއަކާ ގުޅިގެން ނެރެފައިވާ އަމުރުތަކކާ ގުޅަ ނިންމުންތަކަށްވެފައި، ބަހުސީކުރެވް މައުލޫއު އެއްގޮތްކަމަށވާތު،ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދ ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑި ޤަޟިއްޔާގައި މިފަދަ މައްސަލަތައް ހިންގުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށާއުދިވެހިރާއްޖޭގެ ހައިކޯޓުގެ 'މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުކުމާބެހޭ އުޞޫލު' އަށް ރިޢާޔަތްކޮށް މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންގެ އެއް ބެންޗަކުން މ 2 )ދޭއް( ޤަޟިއްޔާ އެކުއެކީގައި ކަމަށް ވުމާއެކު "ޝަރީޢަތް ނިމުނު ގޮތް" އެއް ރިޕޯޓެއްގެ ގޮތުގައި ލިޔުން ބޭނުންތެރިކަމެއްކަމަށް ފެންނާތީ އެގޮތުގެމަތިން ލިޔެފައިވަނީއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާގެ 13 ވަނަ ނުކުތާގައި . ފަނޑިޔާރުންގެ ޢާންމުމަޖިލިހުގެ ނަންބަރ: 02/FAM/2021 )27 ޖަނަވަރީ 2021( ގައި ފާސްކުރައްވާފައިވާ އުޞޫލު .
6ދައުލަތުން، ޤާނޫނު ނަންބަރު 17/2014 )ޖިންސީ ކުށުގެ ޤާނޫނ( )މީގެ ފަހުން "ޖިންސީ ކުށުގެ ޤާނޫނު"( ގެ ދަށުނ 2 )ދޭއް( ދަޢުވާއަކާއި، ޤާނޫނު ނަންބަރު 19/2019 )ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު(ގެ ދަށުން 5 )ފަހެއް( ދަޢުވާ 07 މާރިޗު 2024 ދުވަހު ×××××× މެޖިސްޓްރޭޓް ކޯޓުގައި އާމިނަތު ޛިހުނާގެ މައްޗަށް އުފުލާފައިވެއެވެ. އަދި، މުޞްލިޙް ނިޡާމްގެ މައްޗަށް ޖިންސީ ކުށުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ )ހ( އާ ހަވާލާދީ، އެ މާއްދާގެ )ރ( ގެ ދަށުން ޖިންސީ ގޯނާކުރުމުގެ ދަޢުވާ އުފުލާފައިވެއެވެ.
7އާމިނަތު ޛިހުނާގެމައްޗަށް އުފުލާފައިވާ ދަޢުވާތައް ބަލަމުންދިޔއ ދަށުކޯޓުގެ ނަންބަރު 2024,/XXX97/ 98/XX/2024, 99/XXX/2024, 100/XXX/2024, 101/XXX/2024, 102/XXX/2024, 2024/XXX103/ ޤަޟިއްޔާތަކުންނެވެ. މުޞްލިޙް ނިޡާމްގެ މައްޗަށް އުފުލާފައިވާ ދަޢުވާ ބަލަމުންދިޔައީ ދަށުކޯޓުގެ ނަންބަރު 2024/XXX96/ ޤަޟިއްޔާއިންނެވެ.
8މި މައްސަލަތަކާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުކުރުމަށް ނެރެފައިވާ އަމުރުތަކަށް ބަލާއިރު، އާމިނަތު ޛިހުނ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްފަހު 25 ޖަނަވަރީ 2024 އިން ފެށިގެން 13 މާރިޗު 2024 އާ ހަމައަށް އެކިފަހަރު މަތިން ބަންދުގެ މުއްދަތު އިތުރުކޮށްފައިވެއެވެ. އެއަށްފަހު، ދައުލަތުގެ ފަރާތުނ 12 މާރިޗު 2024 ގައި ހުށަހަޅާފައިވާ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ ފޯމުގައި، ގަވާއިދު ނަންބަރ 2021-SC-REG-01 )ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު( އެ ޤާނޫނުގެ 24 ވަނަ މާއްދާގެ )ށ( އާ ހަވާލާދީ އެ މާއްދާގެ )ރ(ގެ ދަށުން މީހަކު، ޖިންސީ ޢަމަލެއް އޭނާއާ އެއްޖިންސުގެ މީހަކާއެކު ހިންގުމުގެ 2 ދަޢުވާ. އެ ޤާނޫނުގެ 122 ވަނަ މާއްދާގެ )ހ( ގެ 3 ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ )ށ(ގެ ދަށުން ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ކުށުގެ 2 ދަޢުވާއާއި، އެ ޤާނާނުގެ 124 ވަނަ މާއްދާގެ )ހ( އާ ހަވާލާދީ އެ މާއްދާގެ )ރ( ގެ ދަށުން ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައި ވެ ހުރެ، އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ ޢަމަލެއް ޤަޞްދުގައި ހިންގުމުގެ 3 ދަޢުވާ. ދަށުކޯޓުގެ ނަންބަރު HA/2024/05/XXX )24 ޖަނަވަރީ 2024( ކޯޓު އަމުރު. )މީގެ ފަހުން "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު"( ގެ 13 ވަނަ މާއްދާގެ )ހ( އަދި )ނ( ގްއި ބަޔާންކުރާ ކަންކަން ފުރިހަމަވނަމަވެސް، އާމިނަތު ޛިހުނާއަކީ މާބަނޑުވެ މިހާރު ބަނޑަށ 32 )ތިރީސް ދޭއް( ހެފްތާއަށްވުރެ ގިންދުވަސްވެފައާވާ މީހެއްކަމަށްވާތީ މީނާގެ ބަންދާމެދު ގޮތެއް ނިންމާއިރު، މީނާގެ ޙުލަތަށް ރިޢާޔަތްކުރުން މުހިއްމުކަމަށް ފެންނާތީ، ޤާނޫނު ނަންބަރ 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( )މީގެ ފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނ("ގެ 60 ވަނަ މާއްދާގެ )ރ( ގެ )2( ވަނަ ނަންބަރުގެ ދަށުން، ޝަރަޠުއެކު ބްންދަށް ލެޔެއް ދިނުމަށް ފެންނަކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އާމިނަތު ޛިހުނާ ބަންދުން ދޫކުރުމަށް އަމުރުކުރާއިރު، ޞިއްޙީ ސަބަބަކާ ލައިގެން މެނުވީ ގެއިން ބޭރަށް ނުނިކުތުމަށާއި، މައްސަލައިގެ އަނިޔާ ލިބުނު އެއްވެސް ކުއްޖަކާ/މީހަކާ އެއްވެސް ބާވަތެއްގެ މުޢާމަލާތެއް ނުކުރުމަށާއި، ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އެއްވެސް މީހަކާ މައްސަލައާ ގުޅޭ ގޮތުން އެއްވެސް ބާވަތެއްގެ މުޢާމަލާތެއް ނުކުރުމަށާއި، މައްސަލަ ކުރިއަށް ގެންދިޔުމަށްޓަކައި ކޯޓަށް ހާޒިރުވާންޖެހޭ ދުވަސްތަކުގައި ކޯޓަށް ހާޒިރުވުމަށް ޝަރުޠުކޮށްދިނުމަށް އެދިފައިވެއެވެ.
9މި ހުށަހެޅުމާގުޅިގެން، އެ ކޯޓުގެ ނަންބަރ MA/2024/27/XX) 13 މާރިޗު 2024( އަމުރުންއާމިނަތ ޛިހުންޝަރުޠުތަކާއެކަ ބަންދުން ދޫކޮށްލުމަށިއަމުރުކޮށްފައިވެއެވެ. އެ އަމުރުގއިބަންދުން ދޫކޮށްލުމަށް އަމުރުކުރި ސަބަބުގައުބަޔާންކޮށްފައިވަނީ "މީނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ދައުވާ އުފުލިފައިވީ ނަމަވެސް އަދި މީނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައގެސަލާމްތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގަ އިހުތިމާލު އޮތް ނަމަވެސް އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތްނަމަވެސް، މީނާއަކީ މިހާރު މާބަނޑުވެ ބަނޑަށ 32 ހިފްތާއަށްވުރެ ގިނަދުވަސްވެފައިވާ މީހެއްކަމަށްވާތީ، މީނާއަށް ދައުލަތުން ފޯރުކޮށްދޭން ރައްކާތެރިކަން އެކަށީގެންވާ ގޮތެއްގައްފޯރުކޮށްދެވެން ނެތަތީ، މީނާގެ ޙާލަތަށް ރިޢާޔަތްކުރުން މުހިންމުކަމަށް ފެންނަކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޝަރުޠުތަކާއެކު މީނާ ބަންދުން ދޫކުރުމަށް އެދިފައިވާތީ" މިފަދައިންނެވެ.
10އެ އަމުރާއެކު އެ ކޯޓުން އާމިނަތު ޛިހުނާގެ މައްޗަށްކޮށްފައިވާ ޝަރުޠުތަކަކީ، 1. ސިއްޙީ ސަބަބަކާ ލައިގެން މެނުވީ ދިރިއުޅޭ ގެއިން ބޭރަށް ނުނިކުތުން. 2. މައްސަލައިގައި އަނިޔާ ލިބުނު ކުއްޖަކާ / މީހަކާ އެއްވެސް ބާވަތެއްގެ މުއާމަލާތެއް ނުކުރުން. 3. ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އެއްވެސް މީހަކާ މައްސަލައާ ގުޅު ގޮތުން އެއްވެސް ބާވަތެއްގެ މުއާމަލާތެއް ނުކުރުން. 4. ޝަރީޢަތުގެ މަރުޙަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ކޯޓަށް ހާޒިރުވުން، މިއެވެ.
11އެއަށްފަހު، އާމިނަތު ޛިހުނާގެ ފަރާތުން، މި މައްސަލަތަކާ ގުޅިގެން ހެކިބަސް ނެގިފައިވާތީ، ދަޢުވާލިބޭ ފަރާތުން އިތުރަށް ހެކީންނަށް ފޯރުވޭނެ ނުފޫޒު ނެތަތީވެ މި މައްސަލަތަކާ ގުޅިގެނ އާމިނަތު ޛިހުނާގ މައްޗަށް ޝަރީޢަތުން ކަނޑައަޅާފައިވާ ޝަރުޠުތައް ނިމުމަކަށް ގެނެސްދިނުމަށް އެދިފައިވެއެވެ. 04 ޖޫން 2025 ގައި ދަށު ކޯޓުގެ ނަންބަރު AM/2025/10/XX "ކޯޓު އަމުރު މުރާޖަޢާކޮށް ނިންމިގޮތް" ގައި މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުން ދޫކޮށްލިއިރު ކޮށްފައިވާ ޝަރުޠުތައް ދަމަހައްޓަންޖެހޭ ފަދުޙ ލަތެއް މިހާރު އޮތް ކަމަށް ނުބެލެވޭތީ، އެ ކޯޓުގެ ނަންބަރ MA/2024/27/XX )13 މާރިޗު 2024( ކޯޓު އަމުރު ބާޠިލުކުރުމަށް ނިންމާފައިވެއެވެ.
12މުޞްލިޙް ނިޡާމްގެ ބަންދު މުއްދަތު އިތުރުކޮށްފައިވާ ގޮތަށް ބަލާއިރު، 10 މާރިޗު 2024 ގައި މުޞްލިޙް ނިޡާމް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އަދ 04 އެޕްރީލް 2024 ގައި މި އަމުރު މުރާޖަޢާކޮށް ޝަރުޠުތަކާއެކު ބަންދުން ދޫކުރުމަށް ދަށުކޯޓުން ނިންމިއެވެ. މި ނިންމުން ދައުލަތުން މި ކޯޓުގައި އިސްތިއުނާފުކުރުމުން،މުޞްލިޙް ނިޡާމއަކ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް އަންގާފައިވެއެވެ. މި ޙުކުމާ ގުޅިގެން، ދަށު ކޯޓުން މުޞްލިޙް ންޡމ ދަށުކޯޓުގެ ނަންބަރު (MA)/2024/SI/02XXX) 13 މާރިޗު 2024( "ހައްޔަރު ނުވަތަ ބަންދުކޮށްފައިވާ މީހަކު ޝަރުޠުކޮށްފައި ދޫކުރުމުގެ އިޤްރާރު". ހައިކޯޓުގެ ނަންބަރު 2024/HC-B12/17 ޤަޟިއްޔާގައި. ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރިއެވެ.މިފަދައިން އަމުރުކުރީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުރަނުވެވުނުނަމަވެސް، ހެކިބަސް ދޭންހުރި ފަރާތްތަކަށް ނުފޒ ފޯރުވަފާނެކަމަށް ފެންނާތީ ކަމަށް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.
13އެއަށްފަހު، މުޞްލިޙް ނިޡާމްގެ ފަރާތުން އެ އަމުރު މުރާޖަޢާކުރުމަށް ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ބަންދު އަމުރު މުރާޖަޢާކޮށް، މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ޚަބީރުންނާއި ތަޙްޤީޤުކުރި ފަރާތުގެ ހކ ފިޔަވައި އެހެން ފަރާތްތަކުގެ ހެކިބަސް ނަގާފައިވާތީ،މުޞްލިޙް ނިޡާމަށް ނުފޫޒު ފޯރުވިދާނެ ހެއްކެއް މިހާރު ނެތްކަމަށާއި، މުޞްލިޙް ނިޡާމް ބަންދުކުރި ޙާލަތު ބަދަލުވިކަމަށް ޤާބޫލުކުރެވޭކަމަށް ބަޔާންކޮށް މުޞްލިޙ ނިޡާމް ބަންދުން ދޫކުރުމަށް އެ ކޯޓުގެ ނަންބަރު MA/2025/11/XXX އަމުރުން ނިންމާފައިވެއެވެ.
14އާމިނަތު ޛިހުނާއަށް ރައްދުވާގޮތަށް މި ކޯޓަށް ދައުލަތުގެ ފަރާތުގެ ހުށަހަޅާފައިވާ މި ކޯޓުގެ ނަންބަރު 2025/HC-B12/27 ޤަޟިއްޔާގައި، ×××××× މެޖިސްޓްރޭޓްކޯޓުގެ ނަންބަރ AM/2025/10/XXX )4 ޖޫން 2025( "ކޯޓު އަމުރު މުރާޖަޢާކޮށް ނިންމިގޮތް" ނާރެފައިވަން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެއ ނިންމުން އިސްތިއުނާފުކުރުމަށ 2 )ދޭއް( ނުކުތާ ހުށަހަޅައި، އެ ނުކުތާތައް ތަފްޞީލުކޮށްފައިވެއެވެ. މިގޮތުން އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި ހުށަހަޅާފައިވަނީ އަންނަނިވ ނުކުތާތަކެވެ.
14.1. އިސްތިއުނާފުކޮށްފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށް، ހެއްކަށް ނުފޫޒު ފޯރުވުމުގެ އުހި ތިމާލު ވަޒަންކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ ދަށުކޯޓުގެ ނަންބަރު MA/2024/63/XXX ކޯޓު އަމުރު. 2024/SC-A/19 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް( )މީގެފަހުން "ބިޝާރު ޤަޟިއްޔ"ކަމަށް ބުނެފައި( ޤަޟިއްޔާގައި ކަނޑައަޅާފައިވާ އްޞެލަށ ރިޢާޔަތްކުރުމެއްނެތި، އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ރ( އާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ހ( އާއި )ނ( އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށާއި،
14.2. އިސްތިއުނާފުކޮށްފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ލިބިދޭ ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤު ކަށަވަރުނުވާގޮތަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/100 )އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން( )މީގެފަހުން "ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔި" ކަމަށް ބުނެފައި( ޤަޟިއްޔާގައި ކަނޑައަޅާފައިވާ، ފަނޑިޔާރުގެ ނިންމުމަށް ވާސިލުވި ސަބަބުތައް ބަޔާންކުރުމާ ގުޅޭ އެޞލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށވެ.
15މި ނުކުތާތަކުގެ ތަފްޞީލުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
15.1. މި މައްސަލައިގައި ފަނޑިޔާރު ނިންމުން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ވ( އާ ގުޅިގެން މަތީ މަރުޙަލާގެ ނިންމުންތަކުގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރުމެއް ނެތި ކަމަށްވާތީއާއި، އާމިނަތު ޛިހުނާގެ މައްޗަށް ކޮށްފައިވާ ޝަރުޠުތަކުން އެފަރާތ ވީއްލުމުން ބޭއިންސާފެއް ކުރިމަތިވެފައިވާތީ، ސުޕްރީމް ކޯޓުގެ ނަންބަރ 2022/SC-A/51 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ( ޤަޟިއްޔާގައި ބަޔާންކުރާ ދަށުކޯޓުގެ ފަނޑިޔާރުގެ އިޚްތިޔާރުގެ ތެރެއަށް ވަންނަންޖެހޭފަދަ ޙާލަތެއް މި މައްސަލައިގައ އޮތްކަމަށެވެ.
15.2. އާމިނަތު ޛިހުނާ ބަންދުކުރުމަށް އަމުރުކުރީ އޭނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތަތީއާއި، ހެކިންނަށް ނުފޫޒުފްރޯވުމުގެ އިހްތިމާލު އޮތުމުން ކަމަށާއި، ބަންދުން ދޫކޮށްލި އަމުރުގައިވެސް މި ޙާލަތު އޮތްކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ބަންދުން ދޫކޮށްލުމަށް ނިންމީ އެ ޙާލަތުތައް ފިލައިދިޔުމުނ ނޫންކަމަށާއި އާމިނަތު ޛިހުނާ މާބަނޑުވެ ދައުލަތނުފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެވެން ނެތަތީކަމަށެވެ. އަދި ބަންދުން ދޫކޮށްލިއިރު ޝަރުޠުތަކެއް ކަނޑައެޅީ، އޭނާގެ ފަރާތުން މުޖުތަމަޢަށް އޮތް ނުރައްކަލާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ކުޑަކުރުމުގެ ގޮތުނ ކަމަށެވެ.
15.3. ހެކިންގެ ހެކިބަސް ނަގާފައިވުމަކީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ނެތިގެންދާ ކަމެއް ނޫންކަނާސުޕްރީމް ކޯޓުގެބިޝާރު ޤަޟިއްޔގާ 13 ވަނަ ޕެރެގްރާފަށް ބެލުމުން އެނގޭކަމަށެވެ. އަދި ހައިކޯޓުގެ ނަންބަރ 2018/HC-A/207 )ޕްރޮސިކިއުޓަރ ޖެނެރަލގް އޮފީސް ވ. އިސްމާޢީލް ޝަރީފް( ޤަޟިއްޔާގައި، ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައިގެ ބާވަތުން މައްސަލައިގެ ހެކިވެރިންގެ ގޮތުގައި ހިމެނޭ ގިނަ މީހުންނަކީ ތުހުމަތުކުރެވޭ ފަރާތާ ޢާއިލީ ގޮތުން ގުޅުން އޮތް ބައެއްކަމުގައިވާއިރު،މުޖުތަމަޢުއަށް ދޫކުރެވިފައި ހުރުމުން ހެކިންނަށް، ވަކިން ޚާއްސަކޮށް ކައިވެނީގެ ގޮތުން ނުވަތަ ޢާއިލީ ގޮތުން ގުޅިފައިވާ ފަރާތްތަކުގެ މައްޗަށް ނުފޫޒު ފޯރުވޭނެކަމަށ ކަނޑައަޅާފައިވާ ކަމަށެވެ. އަދި، ހައިކޯޓުގެ ނަންބަރ 2021/HC-B12/51 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދޢު ޘްމާން( ޤުޟިއްޔާއއި، ހައިކޯޓުގެ ނަންބަރާ 2022/HC-B12/16 )ޕްރޮސިކިއުޓަރ ޖެނެރަލގް އޮފީސް ވ. އަފްޞަލް ރަޝީދު( ޤަޟިއްޔާގައި، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލަކީ ޓެކްނޮލޮޖީގެ ޒަމާނުގައި، ބަންދުވުމުގެ އިހްތިމާލު އެއްވެސް މިންވަރަކަށް އޮތްކަމެއް ނޫންކަމަށާއި، މީހަކާ ޖިސްމާނީ ގޮތުން ބައްދަލުވުން ފިޔަވައި ދެން ހުރި އެހެނިހެން ގްތތަކުނ ބައްދަލުވެ މުޢާމަލާތުކުރުމުގެ މަގު ތަނަވަސްވެފައިވާކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
15.4. ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/09 )ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު( )މީގެފަހުން "ޢިރުފާން ތަޤިއްޔު ޤަޟިއްޔެ" ކަމަށް ބުނެފައި( ޤަޟިއްޔާގެ 29 ވަނަ ޕެރެގްރާފުގައި، ބަންދު މުރާޖަޢާކުރުމުގައި އަސްލު މައްސަލައިގެ ޝަރީޢަތުގައި ހިނގާ އެއްވެސް ކަމަކަށް ފަނޑިޔާރު ރިޢާޔަތްކޮށްގެން ނުވާނެކަމަށާއި، ފަނޑިޔާރު ބަލަންވާނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވްޙާލަތުތަކަށް ބަދަލެއް އައިސްފައިވޭތޯކަމަށާއި، އެކަން ކުރާނީ އެންމެ ފުރަތަމަވެސް ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު އެހީހޯދި ވަސީލަތްތަކުގެ ބޭނުންކޮށްގެންކަމަށް ބަޔާންކޮށްފައިވ ކަމަށެވެ. މި މައްސަލައިގައި ނިންމުން ނިންމާފައިވަނީ އެ އުޞޫލާ ޚިލާފަށް ކަމަށެވެ.
15.5. މި މައްސަލައިގައި ހެއްކަށް ނުފޫޒު ފެރޯ ވުމުގެ އިހްތިމާލު ނެތިގޮސްފައިވާ ކަމަށް ދަށުކޯޓުގެ ފަނޑިޔާރު ކަނޑައެޅި ޤާނޫނީ ސަބަބެއް ބަޔާންކޮށްފައި ނުވާކަމަށާއި، އާމިނަތު ޛިހުނާގެ ފުށުން މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކާ ފިލައިދިޔަގޮތެއް ބަޔާންކޮށްފައިނުވާ ކަމަށެވެ.
16މުޞްލިޙް ނިޡާމްއަށް ރައްދުވާގޮތަށް މި ކޯޓަށް ދައުލަތުގެ ފަރާތުގެ ހުށަހަޅާފައިވާ މި ކޯޓުގެ ނަންބަރު 2025/HC-B12/28 ޤަޟިއްޔާގައި، ××××× މެޖިސްޓްރޭޓްކޯޓުގ ނަންބަރ AM/2025/09/XXX )04 ޖޫން 2025 ( "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" އިން ނިންމާފައިވާ އެ ކޯޓުގެ ނަންބަރ MA/2025/11/XXX) 4 ޖޫން 2025( "ކޯޓު އަމުރު" ނާރެފައިވަންޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށބުނެ އ އަމުރު އިސްތިއުނާފުކުރުމަށް 1 )އެކާއް( ނުކުތާ ހުށަހަޅައި، އެ ނުކުތާ ތަފްޞީލުކޮށްފައިވެއެވެ. މިގޮތުން އިސްތިއުނާފީ ނުކުތާގެ ގޮތުގައި ހުށަހަޅާފައިވަނީ އަންނަނިވި ނުކުތއެވެ.
16.1. މުޞްލިޙް ނިޡާމް ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަށް ދަށުކޯޓުގެ ނަންބަރު AM/2025/09/XX "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" އިން ނިންމައި، ނަންބަރު MA/2025/11/XX) 4 ޖޫން 2025( ކޯޓު އަމުރުން މުޞްލިޙް ނިޡާމް ބަންދުން ދޫކުރުމަށް ކޮށްފައިވާ އަމުރަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ވ( އާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ހ( އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
17މި ނުކުތާގެ ތަފްޞީލުގައި ދައުލަތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
17.1. މި މައްސަލައިގައި ފަނޑިޔާރު ނިންމުން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ވ( އާ ގުޅިގެން މަތީ މަރުޙަލާގެ ނިންމުންތަކުގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރުމެއް ނެތި ކަމަށްވާތީއާއި، އާމިނަތު ޛިހުނާގެ މައްޗަށް ކޮށްފައިވާ ޝަރުޠުތަކުން އެފަރާތ ވީއްލުމުން ބޭއިންސާފެއް ކުރިމަތިވެފައިވާތީ، ސުޕްރީމް ކޯޓުގެ ނަންބަރ 2022/SC-A/51 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ( ޤަޟިއްޔާގައި ބަޔާންކުރާ ދަށުކޯޓުގެ ފަނޑިޔާރުގެ އިޚްތިޔާރުގެ ތެރެއަށް ވަންނަންޖެހޭފަދަ ޙާލަތެއް މި މައްސަލައިގައ އޮތްކަމަށެވެ.
17.2. މި މައްސަލައިގައި މުޞްލިޙް ނިޡާމް ބަންދުން ދޫކުރުމަށް ނިންމާފައިވަނީ ހެކިންގެ ހެކިބަސް ނަގާ ނިމިފައިވާތީ ކަމަށާއި،އެހެންނަމަވެސް،ބިޝާރު ޤަޟިއްޔގާ 13 ވަނަ ޕެރެގްރާފަށް ބެލުމުން، ހެކިނގ ހެކިބަސް ނަގާ ނިމިފައިވުމަކީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ނެތިގެންދާނެ ކަމެއް ނޫންކަން އެނގޭކަމަށެވެ. މިފަދައިން ނިންމާފައިވަނީ ހައިކޯޓުގެ ނަންބަރ 2018/HC-A/207 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޝަރީފް( އާއި، ހައިކޯޓުގ ނަންބަރ 2021/HC-B12/51 ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދޢު ޘްމާން( އާއި، ހައިކޯޓުގެ ނަންބަރ 2022/HC-B12/16 )ޕްރޮސިކިއުޓަރ ޖެނެރަލގް އޮފީސް ވ. އަފްޞަލް ރަޝީދު( ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށެވެ.
17.3. އެދިބަންދުން ދޫކޮށްލުމަށް ނިންމުމުގައި މައްސަލައިގްހެކިބަސް ނ ގ ނިމިފައިވާތީ އެކަމަށް ރިޢާޔަތްކޮށްފައިވަނެ ޢިރުފާން ތަޤިއްޔު ޤަޟިއްޔގާ 29 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ އުޞޫލު ޚިލާފަށް ކަމަށެވެ.
17.4. އެހެންކަމުން، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ނެތިދިޔަ ގޮތަށް ފަނޑިޔާރު ވާސިލުވެފައިވާގޮތުގެ އެކަށީގެންވާ ތަފްސީލެއް ބަޔާންކޮށްފައިނެތުމަކ ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔއާއާ ބިޝާރު ޤަޟިއްޔާއާ ޚިލާފު ކަމެއް ކަމުގައި ދެކޭކަމަށެވެ.
18އާމިނަތު ޛިހުނާއަށް ރައްދުވާގޮތަށް މި ކޯޓަށް ދައުލަތުގެ ފަރާތުގެ ހުށަހަޅާފައިވާ މި ކޯޓުގެ ނަންބަރު 2025/HC-B12/27 ޤަޟިއްޔާގައި އެދިފައިވަނީ:
18.1. އާމިނަތު ޛިހުނާ ބަންދުކުރި ޙާލަތު ބަދަލުވެފައިވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ރ( އާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ )ހ( އާއި )ނ( އާ ޚިލާފަށްކަމަށް ކަނޑައަޅައި، އާމިނަތު ޛިހުނާގެ ފަރާތްން ހެކިންނަށް ނުފޫޒު ފޯރުވުމުގެ އްހތިމާލާއި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުމުގެ އިހްތިމާލު ދެމި އޮތްކަމަށް ކަނޑައަޅައި،
18.2. ދަށު ކޯޓުގެ ނަންބަރު AM/2025/10/XXX) 04 ޖޫން 2025( ބަންދު މުރާޖަޢާކޮށް ނިންމި ނިންމުން ބާޠިލްކަމަށް ކަނޑައަޅައި،
18.3. އެމިނަތުޛިހުނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި، މި މައްސަލައިގައި ދިވެހިރާއްޖޭގ ހައިކޯޓުން ޙުކުމްކުރާ ތާރީޚުން ފެށިގެން 2 )ދޭއް( ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، ގިނަވެގެން 5 )ފަހެއް( ދުވަހުގެ ތެރޭގައި އޭނާގެ ބަންދާމެދު އަލުން ގޮތެއް ކަނޑައަޅަންވާނެކަމަށް އަންގައިދިނުމަށެވެ.
19މްޞްލިޙް ނިޡާމްއަށް ރައްދުވާގޮތަށް މި ކޯޓަށް ދައުލަތުގެ ފަރާތނު ހުށަހަޅާފައިވާ މި ކޯޓުގެ ނަންބަރު 2025/HC-B12/28 ޤަޟިއްޔާގައި އެދިފައިވަނީ:
19.1. މެޞްލިޙް ނިޡާމް ބަންދުކުރި ޙާލަތު ބަދަލުވެފައިވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ވ( އާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވއިދުގ 13 ވަނަ މާއްދާގެ )ހ( އާ ޚިލާފަށްކަމަށް ކަނޑައަޅައި، މުސްލިޙް ނިޡާމްގެ ފަރާތުން ހެކިންނަށް ނުފޫޒު ފިރޯވުމުގެ އްހތިމާލު ދެމިއޮތްކަމަށް ކަނޑައަޅައި،
19.2. ދަށު ކޯޓުގެ ނަންބަރު AM/2025/09/XX ބަންދު މުރާޖަޢާކޮށް ނިންމި ނިންމުން ބާޠިލްކަމަށް ކަނޑައަޅައި، އެ ކޯޓުގެ ނަންބަރު MA/2025/11/XX )4 ޖޫން 2025( ކޯޓު އަމުރުން މުސްލިޙް ނިޡާމް ބަންދުން ދޫކުރުމަށް ކޮށްފައިވާ އަމުރާއި، އެ ކޯޓުގެ ނަންބަރު (MA)/2025/S1/10XXX )4 ޖޫން 2025( ހައްޔަރު ނުވަތަ ބަންދުކޮށްފައިވާ މީހަކު ޝަރުޠުކޮށްފައި ދޫކުރުމުގެ އިޤްރާރު ބާޠިލްކަމަށް ކަނޑައަޅައި،
19.3. މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުންޙކުމްކުރާ ތާރީޚުން ފެށިގެން 7 )ހަތެއް( ދުވަހުގެ މުއްދަތަށް މުޞްލިޙް ނިޡާމް ބަންދުކުރުމަށް އަމުރުކޮށް، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާ އުޞޫލުތަކުގެ އަލީގައި މުޞްލިޙް ނިޡާމްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި، މ މައްސަލައިގާ ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކުރާ ތާރީޚުން ފެށިގެން 2 )ދޭއް( ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، ގިނަވެގެން 5 )ފަހެއް( ދުވަހުގެ ތެރޭގައި އޭނާގެ ބަންދާމެދު އަލުން ގޮތެއް ކަނޑައަޅަންވާނެކަމަށް އަންގައި ދިނުމަށެވެ.
20އިސްތިއުނާފީ ނުކުތާގެ ޖަވާބުގީ އ އާމިނަތު ޛިހުނާގެ ފަރާތުނަ ފާހަގަކޮށްފައިވަނ؛
20.1. މި މައްސަލައިގައި ދައުލަތުން ހުށަހެޅި ނުކުތާތަކުގައި އެއްވެސް ޤާނޫނީ ބަހުސެއް ނެތްކަމަށާއި، މި މައްސަލައިގައި ދަށުކޯޓުގެ ފަނޑިޔާރު ހަދާފައިވާ އެއްވެސް ގޯހެއް އިސްތިއުނާފުގައި ބުނެދެވިފައިނުވާކަމަށެވެ.
20.2. މި މައްސަލައިގައި ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމަކީ ދަށުކޯޓުގައި ފާހަގަކޮށްފައިނުވާ ކަންކަން ކަމަށާއި، އާމިނަތު ޛިހުނާއަކީ ބަންދުން ދޫކޮށްލާފައިވާ ފަރާތެއް ކަމަށެވެ. މި މައްސަލައިގައި ބަންދު މުރާޖަޢާކޮށްފައި ނުވާކަމަށާއި، މި މައްސަލައިގައި ކޯޓު އަމުރު މުރާޖަޢާކޮށްފައިވާ ކަމަށާއި، އެއީ ދެ ކަމެއް ކަމުގައެވެ. ދައުލަތުން އެދޭފަދައިން ބަންދާމެދު ގޮތެއް ކަނޑައަޅަންޖެހޭ ސަބަބެއް ނެތްކަމަށާއި، ސަބަބަކީ އާމިނަތު ޛިހުނާއަކީ ބަންދުން ދޫކޮށްލާފައިވާ ފަރާތެއް ކަމަށްވާތީ ކަމަށެވެ.
20.3. އާމިނަތު ޛިހުނާ ބަންދުން ދޫކުރުމަށް ނެރުނު އަމުރުގައި ހެކިންގެ ހެކިބަސް ނެގިފައިވުމަށް ރިޢާޔަތްކޮށްފައިނުވާކަމަށާއި، އެހެންނަމަވެސް، ފަހުން ކޯޓު އަމުރު މުރާޖަޢާކޮށް ހެކިންގެ ހެކިބަސް ނެގިފައިވާތީ އެކަމަށް ރިޢާޔަތްކޮށްފައިވާ ކަމަށެވެ.
21އިސްތިއުނާފާ ގުޅިގެން މުޞްލިޙް ނިޡާމްގެ ފަރާތުން ޖަވާބުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
21.1. މި މައްސަލައިގައި މުޞްލިޙް ނިޡާމް ބަންދުން ދޫކޮށްލާފައިވަނީ ގިނަ ދުވަސް ވެގެން ނޫންކަމަށާއި، ފެބޭރުވަރީ މަހު ބަންދު މުރާޖަޢާކުރުމަށް ހުށަހެޅުމުން ބަންދު ދަމަހައްޓާފައިވާ ކަމަށެވެ. އެގޮތުން، އޭރު ބަންދު ދަމަހައްޓަން ނިންމާފައިވަނީ މައްސަލައިގެ ހިމެނެޢާއްލީ ގުޅުންހުރި ކުއްޖެއްގެ ހެކިބަސް ނަގާފައި ނުވާތީ ކަމަށާއި، ނަމަވެސް، ފަހުން މޭ މަހު ބަންދު މުރާޖަޢާކުރުމަށް ހުށަހެޅުމުން ހުރިހާ ޢެންމު ފަރާތްތަކުގެ، ޙާއްސަކޮށް ކުޑަކުއްޖެއްގެ އަދި މަސްލަޙަތު އޮތް ފަރާތެއްގު ހެކިބަސް ނަގާ ނިމިފައިވާތީ، ދެންހުރި ހެކިތަކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ނެތުމުން ބަންދުން ދޫކޮށްލުމަށް އަމުރުކުރީ ކަމަށެވެ.
21.2. ހައިކޯޓުގެ ނަންބަރު 2023/HC-B12/77,78 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްޔާސް އަޙްމަދު އަދި ޙުސައިން ޢަބްދުލްޙަކީމް( ޤަޟިއްޔާގެ 27 ވަނަ ޕެރެގްރާފުގައި ބަންދުން ދޫކޮށްލާ ޙާލަތުގައުއިޖުމާލީ ގޮތެއްގައިވިޔަސ ސަބަބިބަޔާންކުރަންވާނެކަމަށް ނިންމާފައިވާކަމަށެވެ. ވީމާ، ބަންދުގައި ބަހައްޓަން ނިންމާފައިވާ ފަރާތެއް ބަންދުން ދޫކުރެވިދާނެ ކަން އެނގޭކަމަށާއި، ހަމައެކަނި ފުރިހަމަ ވާންޖެހޭ ކަމަކީ ބަދަލުވި ޙާލަތު އިޖުމާލީ ގޮތެއްގައި ބަންދުން ދޫކޮށްލާއިރު ބަޔާންކޮށްފައިވުން ކަމަށެވެ. ބިޝާރު ޤަޟިއްޔގާ 10 ވަނަ ނުކުތާއަށް ބެލެމުންވެސް މިކަން އެނގޭކަމަށެވެ.
21.3. މުޞްލިޙް ނިޡާމް ބަންދުން ދޫކުރުމަށް ނިންމާފައިވަނީ މި އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށެވެ.
22އާމިނަތު ޛިހުނާގެ ފަރާތުން އެދިފައިވަނީ ދަށުކޯޓުގެ ނިންމުން ދަމަހައްޓައިދިނުމަށެވެ.
23މުޞްލިޙް ނިޡާމްގެ ފަރާތުން އެދިފައިވަނީ ދަށުކޯޓުގެ ނަންބަރު MA/2025/11/XXX ކޯޓު އަމުރާއި، ނަންބަރު AM/2025/09/XXX ބަންދު މުރާޖަޢާކޮށް ނިންމިގޮތާއި، ނަންބަރު (MA)/2025/SI/10XXX ޝަރުޠު ލިޔުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް އާމިނަތު ޛިހުނާގެ މައްޗަށް ރައްދުވާ އިސްތިއުނާފާ ގުޅޭ
24މި އިސްތިއުނާފުގައި ދައުލަތުން ހުށަހަޅާ ޖަދަލަކީ އާމިނަތު ޛިހުނާ ބަންދުން ދޫކޮށްލިއިރު އޭނާގެ މައްޗަށ ކޮށްފައިވާ ޝަރުޠުތައަ ބާޠިލުކުރުމަށް ނިންމި ނިންމުން ނިންމާފައިވަނީ އޭނާ ބަންދުންދޫކޮށްލިއިރު ނެރުނު އަމުރުގައި އަދި އޭގެ ކުރިން ނެރެފައިވާ އަމުރުތަކުގައި އޭނާގެ ފުށުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކް ލްއ ކުރިމަތިވެދާނެކަމުގެ އިހްތިމާލާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހތިމާލ އޮތް ޙާލަތް އެފަދައިން އޮއްވާ ކަމަށާއި، ދަށުކޯޓުގެ ފަނޑިޔާރު ނިންމި ނިންމުމުގައި އެ ނިންމުމަށް ވާޞިލުވި ސަބަބު ބަޔާންކޮށްފައިނުވާކަމަށާއި، މިފަދައިން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ރ( އާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށްކަމަށެވެ.
25އާމިނަތު ޛިހުނާގެ މައިގަނޑު ޖަދަލަކީ، އާމިނަތު ޛިހުނާއަކީ މިހާރު ބަންދުގައިވާ ފަރާތެއް ނޫން ކަމަށާއި، އޭނާއަކ ބަންދުން ދޫކޮށްލާފައިވާ ފަރާތެއް ކަމަށާއި، މައްސަލައިގައި ދަށުކޯޓުގެ ފަނޑިޔާރު ނިންމުން ނިންމާފައިވަނީ ސަބަބު ބަޔާންކުރުމަށްފަހު ކަމަށެވެ.
26ޕްރިސިޑެންސް 1ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ރ( ގައި ބަޔާންކޮށްފައިވަނީ "ކުށުގާތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، މި މާއްދާގެ) ށ( ގެ )1( ވަނަ ނަންބަރުން ފެށިގެން )4( ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބެއް ނެތްކަމުގައިވީނަމަވެސ، އޭނާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އޭނާ ބަންދުން ދޫކޮށްލުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. ) 1( ކަފާލާތުގެއްޞު ލުނ އޭނާ ބަންދުން ދޫކުރުމަށް؛ ނުވަތަ) 2( ކޯޓުން ކަނޑައަޅާ ޝަރުޠުތަކަކާއެކު އޭނާ ބަންދުން ދޫކުރުމަށް. " މިފަދައިންނެވެ.
27ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ރ( އަށް ބަލާއިރު، މި މައްދާގެ ދަށުން މީހަކު ބަންދުނާ ދޫކުރެވޭނީ އެ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރުން ފެށިގެން )4( ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބެއް ނެތް ޙާލަތެއްގައިކަން އެ މާއްދާއިން ސާފެވެ. އަދި ހަމައެއާއެކު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( ގައިވާ ސަބަބެއް ނެތް ޙާލު، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުން އެ މާއްދާއިން ލާޒިމުކުރެއެވެ.
28ޢިރުފާން ތަޤިއްޔު ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ ބަންދުމުރާޖަޢާކުރުމުގައި އަސްލު މައްސަލައިގެ ޝަރީޢަތުގައި ހިނގާ އެއްވެސް ކަމަކަށް ފަނޑިޔާރު ރިޢާޔަތްކޮށްގެން ނުވާނެކަމަށެވެ. ބަންދު މުރާޖަޢާކުރުމުގައި ފަނޑިޔާރު ބަލަންވާނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާޙލަތުތަކަށ ބަދަލެއް އައިސްފައިވޭތޯ ކަމަށާއި، އެކަންކުރާނީ އެންމެ ފުރަތަމައިނުންވެސް ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު އެހީހޯދި ވަސީލަތްތަކުގެ ބޭނުންކޮށްގެންކަމަށެވެ.
29ޕްރިސިޑެންސް 2އާމިނަތު ޛިހުނާގެ ފަރާތުން ހުށަހަޅާފައިވާ ބަހުސަށް އެއްބަހެވެ.ހުށަހެޅިފައި މިވަނީ އާމިނަތު ޛިހުނ ބަންދުކުރުމާ ގުޅޭގޮތުން ނިންމާފައިވާ އަމުރެއް ނޫނެވެ. އެހެންނަމަވެސް، މައްސަލައަކާ ގުޅިގެން ނެރޭ އެންމެހާ ބަންދު އަމުރެތަކަކީ އެއް އަމުރު އަނެއް އަމުރާ ގުޅިފައިވާ އެއްޗުކެވެ. ޢިރުފާން ތަޤިއްޔު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ބަލާނަމަ މާގުޅުން ފެށިގެނު ދަނީ އެންމެ ފުރަތަމަ ބަންދުކުރުމަށް ނެރެފައިވ އަމުރާއި، އެ އަމުރާ ނެރުމަށް ފަނޑިޔާރު ބަރޯސާވި ވަޞީލަތްތަކާ ހިސާބުންނެވެ. އެއަށްފަހު ނެރޭ އެންމެހާ އަމުރުތަކަކީ އެއް އަމުރު އަނެއް އަމުރާ ގުޅިލާމެހިފައިވާ އަމުރުތަކެކެވެ.
30މި ސަބަބަށްޓަކައި، އާމިނަތު ޛިހުނާ ބަންދުކުރުމަށް ނެރެފައިވާ އަމުރުތަކުގެ މާޒީއަށް ބެލުމެއްނެތި ޝަރުޠުކޮށް ބަންދުން ދޫކޮށލާފައިވްއަމުރު މުރާޖަޢާކޮށް، ބަންދުން ދޫކޮށްލިއިރު ކޮށްފައިވާ ޝަރުޠުތައް ދަމަހައްޓަންޖެހޭފަދަ ޙާލަތެއް އޮތްކަމަށް ނުބެލެވޭކަމަށް ދަށުކޯޓުން ނިންމި ނިންމުމާމެދު ގޮތެއް ކަނޑައެޅިދާނެކަމަށް އަހުރެން ނުދެކެމެވެ.
31އާމިނަތު ޛިހުނާ ހައްޔަރުކޮށްފައިވަނީ 24 ޖަނަވަރީ 2024 ގައި ނެރެފައިވާ ކޯޓު އަމުރެއްގެ ދަށުންނެވެ. އާމިނަތު ޛިހުނާގެ ހައްޔަރު ދަމަހައްޓައި 25 ޖަނަވަރީ 2024 އިން 29 ޖަނަވަރީ 2024 އަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މިއީ އާމިނަތު ޛިހުނާ ބަންދުކުރުމަށް ނެރެފައިވާ ފުރަތަމަ އަމުރެވެ. މި އަމުރުގައި ބަންދުގައި ބަހައްޓަންޖެހޭ ޙާލަތު ކަމަށް ބަޔާންކޮށްފައިވަނީ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީއާއި، ހެކިބަސްދޭންހުރި މީހަކަށް ނުފޫޒުފޯރުވަފާނެކަމަށް ފެންނާތީއެވެ. އެއަށްފަހު ހަމަ މި ސަބަބު ތަކުގެ މައްޗަށް ބިނާކޮށް 2 އަމުރެއްގެ ދަށުން އިތުރު 30 )ތިރީސް( ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވެއެވެ.
32އެންމެ ފަހުން އާމިނަތު ޛިހުނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ 28 ފެބުރުވަރީ 2024 އިން 14 މާރިޗު 2024 އަށެވެ. މި އަމުރަކީ ބަންދުން ދޫކޮށްލުމުގެ ކުރިން ނެރެފައިވާ އަމުރަށްވާތީ، މި އަމުރުގައި ހުރި މައިގަނޑު ކަންކަމަށް ބަލާލާނަމެވެ.
33މިގޮތުން ބަލާއިރު، ކުރިން ނެރެފައިވާ އަމުރުތަކކްއެއްފަދައިން މި އަމުރުގައިވެސް ބަންދުގައި ބަހައްޓަންޖެހޭ ޙާލަތުކަމަށް ބަޔާންކޮށްފައިވަނީ ހަމަ އެއް ސަބަބުތަކެކެވެ. އެއީ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީއާއި، ހެކިބަސްދޭންހުރި މީހަކަށް ނުފޫޒުފޯރުވަފާނެކަމަށް ފެންނާތީއެވެ. މި ޙާލަތު އޮތްކަމަށް ދެކޭ ސަބަބުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
33.1. ބަންދުކޮށްފައިވާ މައްސަލައަކީ އިތުބާރުކުރެވޭ މަޤާމެއްގައިހުރެ އުމުރުން 17 )ސަތާރަ( އަހަރުގެ ކުއްޖަކާ ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްކަން.
33.2. މި މައްސަލައާގުޅިގެން ލިބިފައިވާ ހެކިތަކުން އޭނާއާ ޢާއިލީ ގޮތުން ގުޅުން އޮންނަ ހެކިންނާއި މީހުން އޭނާގެ ޢަމަލުތަކުގެ ޝިކާރައަކަށް ވެފައިވާކަން އެނގޭކަމަށާއި، އެމީހުންނަށް މީނާ ޖިންސީ ގޯނާކުރުމަށްފަހު މިވާހަކަތައް އިތުރު މީހެއް ކައރުކިޔައިނުދިނުމަށް ބުނެ ނުފޫޒު ފޯރުވަފާނެކަމަށްވެސް އޭނާއަށް ތުހުމަތުކރެވކަން.
33.3. އާމިނަތު ޛިހުނާ މި މައްސަލައިގައި އަނިޔާލިބުނު މީހާއަށް ޖިންސީގޯނާ ކޮށްފައިވާކަން އޭނާ ކިޔައިދީފައިވާ ކިޔައިދިނުންތަކާއި މައްސަލައާއި ގުޅިގެން ލިބިފައިވާ ހެކިތަކުން އެނގޭކަމަށާއި، އަންހެނުންނާއި ދެކޮޅަށް ހިންގޭ ޖިންސީ ގޯނާގެ ކުށްތަކަކީ ސިއްރިއްޔާތުގައި ހިންގޭ ކުށްތަކެއްކަމަށްވާތީ، އެ އަމުރު ނަންބަރު )1( ގައި ބަޔާންކޮށްފައިވާ ސަބަބު. އެ އަމުރު ނަންބަރު )3( ގައި ބަޔާންކޮށްފައިވާ ސަބަބު. މިފަދަ މައްސަލަތަކުގައި ހާދިސާ ހިނގިތަން ލޮލަށް ފެނުނު ހެކިން ގިނަ ފަހަރިނުތިބޭނެކަމަށާއި، މިފަދަ މައްސަލަތަކުގައާމައިގަނޑު އަސާސެއްގެ ގޮތުގައި ބަލަންޖެހޭނީ އަނިޔެލިބުނު ފަރާތާމެދު ކަންވ ގޮތްކަމަށް އޭނާ ކިޔައިދޭ ކިޔައިދިނުން އެއީ މައިގަނޑު އަސާސްކަމަށް ބަލައިގެންކަމަށް ސުޕްރީމް ކޯޓުގ ނަންބަރ 2021/SC-A/83 ) މުޙައްމަދު ނިޔާޒް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމަށާއި، އާމިނަތު ޛިހުނާއާއި މުޞްލިޙް ނިޡާމް މި ޢަމަލު ހިންގާފައިވަނީ މ މައްސަލައިގައި އަނިޔާ ލިބުނު ފަރާތްތަކަށް އެކި ދުވަސް މަތިން އެޕްރޯޗްކުރުމަށްފަހުގައިކަމަށާއި، އަނިޔާ ލިބުނު ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޭނާގެމައްޗަށް އޮތްއިރު، އޭނާ އެކުދިންގެ ހާޒިރުގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ކުދިންނަށް މަސްތުވާތަކެތި ދީ، އެތަކެތީގެ މުޢާމަލާތުކޮށްފައިވާތީ، މީނާގެ މައްޗަށް ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުން ކަނޑައަޅާފައިވާ ޒިންމާއާ މާނާ ކަނޑައެޅިގެން ޚލާފުވެފައިވކަމަށް ދައުލަތުން ބުނެފައިވާކަން.
33.4. މި މައްސަލައަކީ ޢާއިލާއެއްގެ ތެރޭގައި އެކި ދުވަސްމަތިން ތަކުރާރުވަމުން އައިސްފައިވާ ކުށްތަކެއްކަން، މި މައްސަލައިގައި ލިބިފައިވާ ހެކިތަކުން އެނގެނެއޮތްއިރު، އާމިނަތު ޛިހުނާ ބަންދުން ދޫވުއްޖެނަމަ މިފަދިކުށެއް ތަކުރާރަވުމުގެ ފުރުޞަތު އޮތުމުގެ އިތުރުން، މުޅި މުޖުތަމަޢުގެ ތެރޭގައި ހިމެނޭ ކުޑަކުދިންނާއި، ޢާއިލާ ތެރޭގައި ހިމެނޭ ކުދިންނަށް މިކަމުގެ ނޭދެވޭ އަސަރުކުރާންކަމަށާއި، އަނިޔާ ލިބުނީ ޢާއިލީ ގުޅުން އޮންނަ ކުދިންނަށް ވެފައި މީގެކުރިންވެސް މި ވާހަކަތައް ސިއްރުކުރުމަށް މީނާ ބުނެފައިވާތީ، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލުވެސް ފާޅުކަން ބޮޑު ގޮތެއްގައި އޮތްކަމަށް ދައުލަތުން ބުނެފައިވާކަން. އަދި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ހ( އާއި މި މާއްދާގެ )ނ( ގައި ބަޔާންކުރާ ޙާލަތްތަކުގެ ތެރެއިން 4, 3, 1 އަދި 5 މި މައްސަލައިގައި ފުރިހަމަ ވާކަމަށް ދައުލަތުން ބުނެފައިވާކަން.
33.5. މި ސަބަބުތައް ހުރުމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ކ( ގެ ދަށުން މައްސަލައިގެ ޝަރީޢަތް ނިމެންދެން އާމިނަތު ޛިހުނާ ބަންދުކުރުމަށް ދައުލަތުން އެދޭކަން.
33.6. ތުހުމަތުކުރެވޭ ފަރާތުން ބުނެފައިވަނީ ތުހުމަތުކުރެވޭ ފަރާތަކީ މާބަނޑު މީހަކަށްވުމުން އެފަރާތް ބަންދުގައި ހުރުމުގެ ސަބަބުން ބަނޑުގައިވާ ކުއްޖާގެ ޙައްޤުތަކެއް ގެއްލެމުންދާކަމަށްވާތީ، ޝަރުޠުތަކާއި އެކު ނުވަތަ ކަފާލާތުގެ ދަށުން ދޫކޮށްލަން އެދޭކަމަށާއި، ވިހައި ގެދަވުމުން ޝަރީޢަތް ނިމެންދެން ބަންދުކުރުމާއިމެދު އިޢުތިރާޟެއް ނެތްކަމަށްވސ ތުހުމަތުކުރެވޭ ފަރާތުން ބުނެފައިވާކަން.
33.7. މާބަނޑު މީހަކަށް ފޯރުކޮށްދޭންޖެހޭ ސިއްޙީ ފަރުވާގެ އިންތިޒާމް ހަމަޖެހޭނެކަމަށާއި، ބަނޑުގައިވާ ކުއްޖާގެ މަސްލަޙަތަށް ބަލަންޖެހޭ ގޮތަށް މި މައްސަލައިގައި އަނިޔާ ލިބިފައިވާ ކުދިންގެ މަސްލްޙަތަށްވެސ ބަލަންޖެހޭނެކަމަށާއި، އަނިޔާ ލިބިފައިވަނީ ކުޑަކުދިންނަށްކަމަށްވުމުން މީނާގެ ފަރާތުން މުޖުތަމިޢ ގައި ދިރިއުޅެމުންދާ ކުދިންނަށް ނުރައްކަލެއްވުމުގެ އިހްތިމާލު އޮތްކަމަށް ދައުލަތުން ބުނެފައިވާކަން.
33.8. ބަންދާމެދު ގޮތެއް ނިންމުމުގައި ބަލަންޖެހެނީ 02 )ދޭއް( ކަމަކަށިކަމަށާއި، މްމައްސަލައިގައ ހުށަހަޅާފައިވާ ހެކިތަކުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދެއްކި ވާހަކަތަކުނ ތުހުމަތުކުރެވުނު ކުށްކުރިކަމަށް ބާރުދޭ ހެކި ހުރިކަން.
33.9. ކަށުގެޢަ މަލު ހިނގާފައިވާކަމަށް ތުހުމަތު ކުރެވެނީ އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކަމާއި، ކުށް ތަކުރާރުކޮށްފައިވާ ކަމަށްވެސް ތުހުމަތުކުރެވޭކަން. އެހެންކަމުން މީނާ ދޫކޮށްލައިފިނަމަ މުޖުތަމިޢގައ އެ އަމުރު ގެ ނުކުތާ ނަންބަރު )9( ގައި ބަޔާންކޮށްފައިވާ ސަބަބު. އެ އަމުރު ގެ ނުކުތާ ނަންބަރު )10( އަދި )11( ގައި ބަޔާންކޮށްފައިވާ ސަބަބު. ހިމެނޭ އެހެން ކުދިންނާމެދުވެސް މި ޢަމަލުތައް ހިންގުމުގެ އަހިތިމާލު އޮތުމުން މީނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ބެލެވޭކަން. މައްސަލައިގައި ހެކިބަސް ދޭން ތިބި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަކީ ތުހުމަތުކުރެވޭ ފަރާތާއި ގާތް ގުޅުން އޮންނަ ފަރާތްތަކެއްކަމަށ ބެލެވޭތީ އާއި، ކުށަށް އިންކާރުކޮށްފައިވުމުން މައްސަލައިގައި ތިބި ހެކިންނަކީ ތުހުމަތުކުރެވޭ ފަރާތަށް ނުފޫޒު ފޯރުވިދާނެ ފަދަ ހެކިންކަމަށް ބެލެވޭކަން.
33.10. ދައުލަތުން އެދިފައިވަނީ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކަމަށާއި، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު، މީނާ ބަންދު ކުރަންޖެހޭ ފަދަ ޙާލަތެއް ވުޖޫދުގައި އޮތްކަމަށާއި، ނަމަވެސް އަދި މައްސަލައިގައި ދަޢުވާ ކޮށްފައިނުވާތީ، މައްސަލައިގެ ދަޢުވާ އުފުލުމުން މައްސަލަ ބަލާ މެޖިސްޓްރޭޓްޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު ގޮތެއް ކަނޑައެޅުމަކީ ތުހުމަތުކުރެވޭ ފަރާތަށްވެސް އެންމެ އިންސާފުވެރި ގޮތްކަން.
33.11. މި މައްސަލައިގައި އެކަށީގެންވާ ހެކި ހުރުމާއެކު ބަންދުކުރަންޖެހޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ކ( ގެ ދަށުންކަން.
34ބުނެވިދިޔަ ކަންކަމަށް ރިޢާޔަތްކޮށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދއާއާ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ހ( އަދި )ނ( އަށް ރިޢާޔަތްކޮށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ކ( ގެ ދަށުން އާމިނަތު ޛިހުނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
35އެއަށްފަހު، 12 މާރިޗު 2024 ގައި ދައުލަތުން ހުށަހަޅާފައިވާ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ ފޯމް ގައި އިސްވެ ބަޔާންކުރި ޙާލަތުތައް ހަމަ އެފަދައިން ހުރިކަމަށް ބަޔާންކޮށްފައިވެއެވެ.ނަމަވެސް، އާމިނަތު ޛިހުނާއަކީ މާބަނޑުވެ މިހާރު ބަނޑަށ 32 )ތިރީސް ދޭއް( ހެފްތާއަށްވުރެ ގިނަދުވަސްވެފައިވ މީހެއްކަމަށްވާތީ މީނާގެ ބަންދާމެދު ގޮތެއް ނިންމާއިރު، މީނާގްޙެލަތަށް ރިޢާޔަތްކުރުން މުހިއްމުކަމަށް ފެންނާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ރ( ގެ )2( ވަނަ ނަންބަރުގެ ދަށުން، ޝަރުޠާއެކު ބަންދަށް ލުޔެއް ދިނުމަށް ފެންނަކަމަށް ބަޔާންކޮށްފައިވެއެވެ.
36ޕްރިސިޑެންސް 3މި ހުށަހެޅުމާގުޅިގެން، 13 މާރިޗު 2024 ގައި އާމިނަތު ޛިހުނާއަށް ޝަރުޠުކުރުމަށްފަހު ބަންދުން ދޫކޮށްލައި ދަށުކޯޓުގެ ނަންބަރު MA/2024/27/XXX ކޯޓު އަމުރު )މީގެފަހުން "ޝަރުޠުކޮށް ދޫކޮށްލި އަމުރު"( ނެރެފައިވެއެވެ. ދައުލަތުގެ ހުށަހެޅުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ރ( ގެ )2( ވަނަ ނަންބަރާ ޙަވާލާދިންކަމުގައިވީނަމަވެސް،މި އަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ކޮން މާއްދާއެއްގެ ދަށުންކަން އެ އަމުރުގައި ބަޔާންކޮށްފައިނުވެއެވެ. އިސްތިއުނާފަށް ހުށަހަޅެފައިވަނީ މި އަމުރު ގުޅިގެނު މި އަމުރު މުރާޖަޢާކޮށް ނިންމާފައިވާ ނިންމުމެވެ.
37ޝަރުޠުކޮށް ދޫކޮށްލި އަމުރުގައި އެ އަމުރު ނެރުނީ ކޮން ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށްގެންކަން އެނގެން ނެތެވެ. އަމުރުގައި ބަޔާންކޮށްފައިވަނީ "މީނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގައްދައުވ އުފުލިފައިވީ ނަމަވެސް އަދި މީނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިހްތިމާލު އޮތް ނަމަވެސް އަދ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތް ނަމަވެސް، މީނާއަކީ މިހާރު މާބަނޑުވެ ބަނޑަށ 32 ހްފްތާއަށްވުރެ ގިނަދުވަސްވެފައިވާ މީހެއްކަމަށްވާތީ، މީނާއަށް ދައުލަތުން ފޯރުކޮށްދޭނ ރައްކާތެރިކަން އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެވެން ނެތަތީ، މީނާގެ ޙާލަތަށް ޕްރޮސިކިއުޓަރ ޖެނެތަލްގެ އޮފީހުގެ ރިފަރެންސް ނަންބަރު J1/2024/65 )12 މާރިޗު 2024( "ބަންދާމެދު ގޮތެއްނިންމުމަށް އެދި ހުށަހަޅާ ފޯމު". ރިޢާޔަތްކުރުން މުހިންމުކަމަށް ފެންނަކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޝަރުޠުތަކާއެކު މީނާ ބަންދުން ދޫކުރުމަށް އެދިފައިވާތީ" މިފަދައިންނެވެ.
38ވީމާ، ބަންދުން ދެކުރުމަށް ނިންމޫ އިރު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރުން )4( ވަނަ ނަންބަރުގައިބަޔާންކުރާ ސަބަބުތަކުގެ ތެރެއިން، މުޖުތަމްޢަ ގެ ސަލާމަތަށް ނުރައްކާވުމުގެ އިހްތިމާލާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮއްވާ،ޝަރުޠުކޮށް ދޫކޮށްލި އަމުރަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ރ( އަށް ނިސްބަތްވާފަދަ އަދި އެ މާއްދާގެ ދަށުން ނެރެވިދާނެފަދަ އަމުރެއްކަމުގައި ބެލެވޭނެ ޤާނޫނީ ބިނާއެއްނެތެވެ.
39ޝަރުޠުކޮށް ބަންދުން ދޫކޮށްލި އަމުރުގެ ޤާނޫނީ ހައިސިއްޔަތެއް އެނގެން ނެތްއިރު، އެ އަމުރުގެ މައްޗަށް ތަރުތީބުވެގެން އައިސްފައިވާ ކޯޓު އަމުރު މުރާޖަޢާކޮށް ނިންމި ގޮތުގެ ސައްހަކަމާމެދު، ޝަރުޠުކޮށް ދޫކޮށްލި އަމުރަށް ޤާނޫނީ ނަޒަރަކުން ބެލުމެއްނެތި ގޮތެއް ނިންމެން އޮތްކަމަކަށް ނުދެކެމެވެ.ޝަރުޠުކޮށް ބަންދުން ދޫކޮށްލި އަމުރަކީ ޤާނޫނީ އިމުގެ ތެރެއިން ނެރެފައިވާ އަމުރެއްކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއްނެތްއިރު،އެ އަމުރު މުރާޖަޢާކޮށް ނިންމާފައިވާ، އިސްތިއުނާފުކޮށްފައިވާ ނިންމުމަކީވެސް ރަނގަޅު ނިންމުމެއްކަމަށް ކަނޑައެޅޭނެ ޤާނޫން ހަމައއ އޮތްކަމަކަށް ނުދެކެމެވެ.
40ޝަރުޠުކޮށް ދޫކޮށްލި އަމުރުން ކައްޗަށް އެޅިފައިވާ ބިންގާ ރަނގަޅު ކުރެވެން އޮތް މަގަކީ، އެ އަމުރުގެ ކުރިން ނެރެފައިވާ އަމުރުތަކިގުޅުވައި، އާމިނަތު ޛިހުނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުން ކަމުގައި ދެކެމެވެ. އަދި މިފަދައިން ކަނޑައެޅުމުގައި، ބިޝާރު ޤަޟިއްޔގައާ ޝަރީޢަތުންހެކިންގެ ހެކިބަސް ނެގިފައިވުމަކީ ހކިންނަށް ނުފޫޒު ފޯރުވުމުގެ އިހު ތިމާލު ނެތިދިޔުންކަމުގައި ނުބެލެވޭނެކަމާއި، ޢިރުފާން ތަޤިއްޔު ޤަޟިއްޔގައާ ބަންދިމުރާޖަޢާކުރުމުގައި އަސްލު މައްސަލައިގެ ޝަރީޢަތުގައި ހިނގާ އެއްވެސް ކަމަކަށް ފަނޑިޔާރު ރޢާޔަތްކށްގެން ނުވާނެކަމަށް ކަނޑައަޅާފައި އޮތްއޮތުމުގެ މައްޗަށް ނަޒަރުކުރަންޖެހޭކަމުގައި ދެކެމެވެ.
41ޕްރިސިޑެންސް 6ބަންދު މުރާޖަޢާކުރުމުގައި ފަނޑިޔާރު ބަލަންވާނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙްލަތުތަކަށް ބަދަލެއް އައިސްފައިވޭތޯ ކަމަށާއި، އެކަންކުރާނީ އެންމެ ފުރަތަމައިނުންވެސް ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު އެހީހޯދި ވަސީލަތްތަކުގެ ބޭނުންކޮށްގެނކަމަށެބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތްކުރުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އިން ދަށު މަރުޙަލާގެ ކޯޓުތަކަށް ލާޒިމްކަމެކެވެ.
42މިކަންކަން މިފަދައިން އޮތަތީ، އާމިނަތު ޛިހުނާގެ މައްސަލައިގައި ނިންމަން ފެންނަ ގޮތަކީ،
42.1. ×××××× މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު MA/2024/27/XXX )13 މާރިޗު 2024( "ކޯޓު އަމުރު" އާއި، އެ ކޯޓުގެ ނަންބަރު AM/2025/10/XXX) 4 ޖޫން 5202( "ކޯޓު އަމުރު މުރާޖަޢާކޮށް ނިންމިގޮތް" ބާޠިލުކުރުމަށް ކަނޑައަޅައި، މިއަދުން ފެށިގެން 2 )ދޭއް( ދުވަހުގެ ތެރޭގައި އާމިނަތު ޛިހުނާގެ ބަންދާމެދު ގޮތެއިކަނޑައެޅުމަށް އެދި ދައުލަތުން ހުށަހަޅައިފިނަމަ، މި ޤަޟިއްޔާގައ ބަޔާންކޮށްފައިވާ ކަންކަމަށް ރޢޔަތްކޮށް، 5 )ފަހެއް( ދުވަހުގެ ތެރޭގައި އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް އަންގައި މައްސަލަ ނިންމުމެވެ.
43މުޞްލިޙް ނިޡާމްގެ މައްޗަށް ކުޅަ އިސްތިއުނާފުގައި،ގޮތެއް ކަނޑައަޅަންޖެހޭ ސުވާލުތަކަކީ، އިސްތިއުނާފުކޮށްފައިވ ނިންމުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށްތޯއެވެ. މި ނުކުތާގެ ތެރެއިން ބެލިގެންދާނީ، މުޞްލިޙް ނިޡާމް ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ ކުރިން އޮތް ޙާލަތު ބަދަލުވެގެންތޯއެވެ.
44މީޞްލިޙް ނިޡާމްގެ ބަންދު މުރާޖަޢާކޮށް ނިންމި ނިންމުމުގައި ހެއްކަށް ނުފޫޒު ފޯރުވުމުގެ ޙާލަތު ބަދަލުވެފައިވާކަމަށް ޤަބޫލުކުރެވެނިމައްސަލައިގައި ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ޚަބީރުންނާއި ތަޙްޤީޤު ކުރި ފަރާތުގެ ހެކިބަސް ފިޔަވައި އެހެން ފަރާތްތަކުގެ ހެކިބަސް ނަގާފައިވާތީ، ނުފޫޒު ފޯރުވިދާނެ ހެއްކެއް މިހާރު ނެތުމުން ކަމަށް އިސްތިއުނާފުކޮށްފައިވާ ނިންމމުގައު ބަޔާންކޮށްފައިވެއެވެ.
45ބިޝާރު ޤަޟިއްޔާގއަ ޝަރީޢަތުނެހެކިންގެ ހެކިބަސް ނެގިފައިވުމަކީ ހްކިންނަށެ ނުފޫޒު ފޯރުވުމުގެ އިހްތިމާލު ނެތިދިޔުންކަމުގައި ނުބެލެވޭނެކަމަށާއި، އެހެނީ މައްސަލައިގައި ޙުކުމް ކުރުމުގެ ކުރިން، ކުރިން ހާޒިރުކޮށްފައިވާ ހެއްކެއް އަލުން ހާޒިރުކުރަންޖެހި ޙްލަތެއް ކުރިމަތިވެދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދ މައްސަލައިގައި ޙުކުމް ކުރުމުގެ ކުރިއަށް ޝަރީޢަތުން ސާފުކުރަންޖެހޭ ކަމެއް ސާފުކުރުމުގެ ގޮތުނ މައްސަލައިގެ އަޑުއެހުން ނިމުނު ނަމަވެސް، އަލުން އަޑުއެހުން ހުޅުވާލެވިދާނެކަމަށެވެ.
46ޢިރުފާން ތަޤިއްޔު ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ ބަންދުމުރާޖަޢާކުރުމުގައި އަސްލު މައްސަލައިގެ ޝަރީޢަތުގައި ހިނގާ އެއްވެސް ކަމަކަށް ފަނޑިޔާރު ރިޢާޔަތްކޮށްގެން ނުވާނެކަމަށެވެ. ބަންދު މުރާޖަޢާކުރުމުގައި ފަނޑިޔާރު ބަލަންވާނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާޙިލަތުތަކަށ ބަދަލެއް އައިސްފައިވޭތޯ ކަމަށާއި، އެކަންކުރާނީ އެންމެ ފުރަތަމައިނުންވެސް ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު އެހީހޯދި ވަސީލަތްތަކުގެ ބޭނުންކޮށްގެންކަމަށެވެ.
47ބުނެވިދިޔަ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( ގަދަށުން ދަށު މަރޙލާގެ ކޯޓުތަކުން އެއަށް ތަބާވާންޖެހޭ އުޞޫލުތަކެކެވެ.
48ވީމާ، އިސްތިއުނާފުކޮށްފައިވާ ނެންމުމި ގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތު ވަޒަންކުރުމުގައި ހެކިންގެ ހެކިބަސް ނަގާ ނިމިފައިވާތީ،ހަމައެކަނި އެކަމުގެ މައްޗަށްރިޢާޔާ ތްކޮށް ގޮތެއް ކަނޑައަޅާފައިވަނީ ބުނެވިދިޔަ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމުގައި ދެކެމެވެ.
49ފަނޑިޔާރަކު ނިންމާ ނިންމުމެއްގެ ނަތީޖާއަށް ވާސިލުވި ގޮތް، ނުވަތަ ސަބަބުތައް ޖުމްލަގޮތެއްގައި ނަމަވެސް ބަޔާންކުރުމުގެ މުހިއްމުކަން މަތީ މަރުޙަލާގެ ގިނަ ނިންމުންތަކުގައި ބަޔާންކޮށްފައިވެއެވެ.
50އިސްތިއުނާފުކޮށްފައިވާ ނިންމުމުގައާބަންދުކުރި ޙާލަތު ބަދަލުވެފައިވާ ގޮތާ ގުޅޭ ގޮތުން ސަބަބު ބަޔާންކުރުމުގެ ގޮތުން ބަޔާންކޮށްފައިވަނީ ހެކިންގެ ހެކިބަސް ނަގާ ނިމިފައިވާތީ ހެއްކަށް ނުފޫޒު ފޯރުމުގެ އިހްތިމާލު ފިލައިދިޔަ ކަމެވެ. އެހެންނަމަވެސް، އެ ސަބަބަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތު ބަދަލުވިކަމަށް ކަނޑައެޅިދާނެ ސަބަބެއް ނޫންކަން އިސްވެ ބަޔާންކުރި ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާތީ، މިއީ މައްސަލައިގައީޤާނޫނ އިމުގެތެރެއިން ގޮތެއެނިންމުމަށް ބޭނުންކުރެވޭނެ ޖާއިޒު ސަބަބުއްކަމުގައި ނުދެކެމެވެ. މި ސަބަބަށްޓަކައި، އިސްތިއުނާފުކޮށްފައިވާ ނިންމމަކ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ދެކެމެވެ.
51މުޞްލިޙް ނިޡާމްގެ މައްސަލަ ނިންމަން ފެންނަގޮތަކީ،
51.1. ××××× މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ AM/2025/09/XXX) 4 ޖޫން 2025" (ބަންދު މުރާޖަޢާކޮށް ނިންމގޮތި " އަދެއެ ކޯޓުގ ނަންބަރު MA/2025/11/XXX )4 ޖޫން 2025( "ކޯޓު އަމުރު" ބާޠިލްކަމަށް ކަނޑައަޅައި، މިއަދުން ފެށިގެން 2 )ދޭއް( ދުވަހުގެ ތެރޭގައި މުޞްލިޙް ނިޡާމްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް އެދި ދައުލަތުން ހުށަހަޅައިފިނަމަ، މި ޤަޟިއްޔާގައި ބަޔާންކޮށްފައިވ އެގޮތުން، ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާގެ 31 ވަނަ ޕެރެގްރާފް، ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާ، ހައިކޯޓުގެ ނަންބަރ 2024/HC-B12/42 ޤަޟިއްޔާގެ 80 ވަނަ ޕެރެގްރާފް، ހައިކޯޓުގެ ނަންބަރު 2024/HC-B12/21,22,23 ޤަޟިއްޔާގެ 23 ވަނަ ޕެރެގްރާފް، ހައިކޯޓުގެ ނަންބަރ 2024/HC-B12/19 ޤަޟިއްޔާގެ 35-40 ވަނަ ޕެރެގްރާފް، ހައިކޯޓުގެ ނަންބަރު 2023/HC-B12/63,64,65,66 ޤަޟިއްޔާ، ހައިކޯޓުގެ ނަންބަރު 2023/HC-B12/52 ޤަޟިއްޔާގެ 22 ވަނަ ޕެރެގްރާފް، ހައިކޯޓުގެ ނަންބަރު 2023/HC-B12/5 ޤަޟިއްޔާ، ހައިކޯޓުގެ ނަންބަރ 2025/HC-B12/25,26 ޤަޟިއްޔާ ހިމެނެއެވެ . ކަންކަމަށް ރިޢާޔަތްކޮށް، 5 )ފަހެއް( ދުވަހުގެ ތެރޭގައި އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް އަންގައި މައްސަލަ ނިންމުމެވެ. ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔާ 2025/HC-B12/27 ޤަޟިއްޔާއާ ގުޅޭ
52މި ކޯޓުގެ ނަންބަރު 2025/HC-B12/27 ޤަޟިއްޔާގައި ދައުލަތުން އިސްތިއުނާފު ކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ އާމިނަތު ޛިހުނާ ބަންދުން ދޫކުރިއިރު ކޮށްފައިވާ ޝަރުޠުތަކެއް އުވާލުމުގެ ނިންމުމާ ކެވެ.
53ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަލާއިރު، އެޤާނޫނުގެ 60 ވަނަ މާއްދާގެ )ރ( ގެ ދަށުން، ޝަރުޠުކޮށް ބަންދުގައޫބެހެއްޓުމުގެ އިޚްތިޔާރު ފަނޑިޔާރަށް ޢާންމު އެޞލުން ލިބިދީފައިވަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދްޙ ލަތެއް ވުޖޫދުގައި ނެތް ނަމަވެސް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެނ ހެކިހުރިނަމަ ލިބިދެވޭ އިޚްތިޔާރެއްގެ ގޮތުގައެވެ. މީގެ އިތުރުން،ކޯޓުން ކަނޑައަޅާ ޝަރުޠުތަކާ ޚިލާފުވެއްޖެނަމެއަލުން ހައްޔަރުކޮށް ބަންދުކުރުމުގެއިޚްތިޔާރު އޤާނޫނުގ 66 ވަނަ މާއްދާގެ )ނ( އިން ލިބިދެއެވެ.
54އާމިނަތު ޛިހުނާ ޝަރުޠާއެކު ބަންދުން ދޫކުރެވުނު އިރު،ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމްޢަގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިހްތިމާލު އޮތް ކަމަށާއި، އަދިހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތް ކަމަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެފަރާތް ޝަރީތުތަކާއެކ ބަންދުން ދޫކޮށްލާފައިވަން،ދައުލަތުގެ ފަރާތުން އެދިގެނާއެފަރާތަށް ދިމާވެފައިވާ ޚާއްސަޙްލަތުގެ މައްޗަށް ބިނާކޮށެވެ. އެއީ، ބަންދުން ދޫކުރެވުނުއިރ އެފަރާތަކީ މާބަނޑުވެ ބަނޑަށ 32 )ތިރީސް ދޭއް( ހިފްތާއަށްވުރެ ގިނަދުވަސްވެފައިވާ މީހެއްކަމަށްވާތއާއ، ×××××× މްޖި ސްޓްރޭޓު ކޯޓުގ ނަންބަރ AM/2025/10/XXX )4 ޖޫން 5202( " ކޯޓް އަމުރް މުރާޖަޢާކޮށް ނިންމިގޮތް" އެފަރާތަށްދައުލަތުން ފޯރުކޮށްދޭނޖެހް ރައްކާތެރިކަން އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެވެން ނެތުމުންނެވެ. މިނިންމުންއެއްވެސް ފަރާތަކުންއިސްތިއުނާފާކޮށްފައިވާކަން އެނގެން ނެތެވެ. އަދި، ދިމާވި ޚާއްސުޙލަތ ނިމުމުން ބަންދާމެދު ގޮތެއް ނިންމުމަށް ދައުލަތުން އެދިފައިވާކަން ވެސް އެނގެން ނެތެވެ.
55މައުޟޫއީ މައްސަލަ ހިންގާ ހެކިބހުގް މަރުޙަލާ ފެށި ބައެއް ހެކީންގެ ހެކި ބަސަ ނަގާ ނިމުމުން، ޝަރުޠު އެކާ ބަންދުންދޫކުރި އަމުރީމުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، އާމިނަތު ޛިހުނާގެ ފަރާތުންނެވެ. އެގޮތުން، އެދިފައިވަނީ، އާމިނަތު ޛިހުނާގިފަރާތުން ނުފޫޛު ފޯރުވޭނެ ހެއްކެއް މިހާރު ނެތް ކަމަށާއި، އެހެންކަމުން އާމިނަތު ޛިހުނާގ މައްޗަށް ޝަރީޢަތުން ކަނޑައެޅި ޝަރުޠުތައް ނިމުމަކަށް ގެނެސްދިނުމަށެވެ.
56ޝަރީޢަތުން ފާހަގަކޮށްފައިވނީ، މައްސަލައިގައި ދައުލަތުގަ 02 )ދޭއް( ޚަބީރެއްގެ ހެކިބަހާއި ތަޙުޤީޤުކުރި ފަރާތުގެ ހެކިބަސް ފިޔަވައި އެހެން ހެކިންގެ ހެކިބަސް ނެގިފައިވާތީ، އާމިނަތު ޛިހުނާއަށްނުފޫޛު ފޯރުވުނޭ ހެއްކެއް މިހާރީނެ ތަތ، އާމިނަތު ޛިހުނާގެ މައްޗަށް ކޮށްފައިވާ ޝަރުޠުތަކަށް ނިމުމެއް ގެންނަންޖެހޭ ކަމަށެވެ.
57ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް ޤަޟިއްޔާގައި ޝަރީޢަތުން ހެކިންގެ ހެކިބަސް ނެގިފައިވުމަކީ، ހެކިންނަށް ނުފޫޒު ފޯރުވުމުގެއިހތިމާލްނެތިދިޔުންކަމުގައި ނުބެލެވޭނެކަމަށާއި، މައްސަލައިގައި ޙުކުމް ކުރުމުގެ ކުރިން، ކުރިން ޙާޟިރުކޮށްފައިވާ ހެއްކެއް އަލުން ޙާޟާރުކުރަންޖެހާޙިލަތެއް ކުރިމަތިވެދާނެކަމަށއ، އަދި މައްސަލައިގައި ޙުކުމް ކުރުމުގެ ކުރިއަށް ޝަރީޢަތުން ސާފުކުރަންޖެހޭ ކަމެއް ސާފުކުރުމުގެ ގޮތުން މައްސަލައިގެ އަޑުއެހުން ނިމުނު ނަމަވެސް، އަލުން އަޑުއެހުން ހުޅުވާލެވިދާނެކަމަށ ބަޔާންކޮށްފައިވެއެވ. ×××××× މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު MA/2024/27/XXX )13 މާރިޗު 2024( ×××××× މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު MA/2024/27/XXX )13 މާރިޗު 2024( [2024] SC 23 އބޙ ގެ 13 ވަނަ ޕެރެގްރާފް.
58އިސްތިއުނާފު ކުރެވޭ ނިންމުމުގައި، ހެކިބަސް ނެގިފައިވމުން ނުފޫޛު ފޯރުވުމުގުއިހްތިމާލްނިމުމަކަށް އައު ކަމަށް ދަށު ކޯޓުނ ނިންމާފައިވަނީ، ސުޕްރީމް ކޯޓުގެޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދް ބިޝާރު އިސްމާޢީލް ޤަޟިއްޔާގައި ކަނޑައެޅުނު ބުނެވުނުއޞޫލްޚިލާފަށެވެ.އެހެންކަމުން، މިއަސާސްގެ މައްޗަށ ބިނާކޮށް ބަންދުންދޫކުރި އަމުރުގައި ހުރި ޝަރުޠުތައް ބާޠިލުކުރި ކުރުން ގޯސްކަމުގައި ދެކެމެވެ. ވުމާއެކު، އ ކޯޓުގެ ނަންބަރު AM/2025/10/XXX )4 ޖޫން 5202( "ކޯޓު އަމުރު މުރާޖަޢާކޮށް ނިންމިގޮތް" ބާޠިލްކަމަށް ކަނޑައަޅައި، މައްސަލަ ނިންމަން ފެނެއެވެ.
59މި ޤަޟިއްޔާގައިދައުލަތުން އެދޭ ފަރުވއަކ، އަމުރުމުރާޖަޢެ ކުރުމަށް ނިންމި ނިންމުން ބާޠިލުކޮށް ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ދަށުކޯޓަށް އެންގުމވް.އިސްތިއުނާފު ރައްދުވާ ފަރާތާކީ ޝަރުޠާއެކު ބަންދުނަ ދޫކޮށްފައިވާ ފަރާތެކެވެ.އެފަރާތުގެ ބަންދާ މެދު ގޮތެއް ކަނޑައަޅަން އެދޭ ނަމަ،ކަނޑައެޅިފައިވާ ޤާނޫނ އްޞލުތަކުގެ މަތިން ދަށު މަރުޙަލާއިން ފެށިގެން ފިޔަވަޅު އެޅުމަކީ، ދައުލަތުގެ އިޚްތިޔާރުގައި އޮތް ކަމެކެވެ. އިސްތިއުނާފުކުރެވޭ ނިންމުމާމެދު ގޮތެއް ކަނޑައެޅުމުގައި، އެފަރާތުގެ ބަންދާމެދު މިކޯޓަށް މިހިނދުގައި ވަކިގޮތެއް ބަޔާންކުރެވިދާނެ ކަމުގައި ނުދެކެމެވެ.
60××××××× މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު AM/2025/09/XXX ) 04 ޖޫން 2025( "ބ ންދ މުރާޖަޢާކޮށް ނިންމިގޮތް" އިން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު MA/2025/11/XXX )04 ޖޫން 2025( "ކޯޓު އަމުރު" ދައުލަތުން އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުންބަލަމުންދާ ނަންބަރ 2025/HC-B12/28 ޤަޟިއްޔާ ގައި ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް ތާއީދުކުރަމެވެ. [2024] SC 23 ނިންމަން ފެންނަގޮތް:
61×××××× މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު AM/2025/10/XXX )4 ޖޫން 5202( "ކޯޓު އަމުރު މުރާޖަޢާކޮށް ނިންމިގޮތް" ބާޠިލުކމަށ ކަނޑައަޅައި، މި ކޯޓުގެ ނަންބަރު 2025/HC-B12/27 ޤަޟިއްޔާ ނިންމަން ފެނެއެވެ.
62ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔގު 51 ވެ ނ ޕެރެގްރާފްގައިވާގޮތުގެ މަތިން މިކޯޓުގ ނަންބަރ 2025/HC-B12/28 ޤަޟއްޔި ގ ނިންމުމަށް ތާއީދުކުރަމެވެ.
63މި މައްސަލައިގައި ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް ތާއިދުކުރަމެވެ.
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ)، (ރ)، (ވ) އަދި (ކ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 66 ވަނަ މާއްދާގެ (ނ)
- ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ހ) އަދި (ނ)
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)
- 2024/SC-A/19 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް) [2024] SC 23
- 2024/SC-A/09 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު)
- 2020/SC-A/100 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)
- 2020/SC-A/93
- 2022/SC-A/51
- 2021/SC-A/83
- 2018/SC-A/31 (އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް)
- 2018/HC-A/207
- 2021/HC-B12/51
- 2022/HC-B12/16
- 2023/HC-B12/77,78
- 2024/HC-B12/17
- 2024/HC-B12/42
- 2024/HC-B12/21,22,23
- 2024/HC-B12/19
- 2023/HC-B12/63,64,65,66
- 2023/HC-B12/52
- 2023/HC-B12/5
- 2025/HC-B12/25,26
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޙަސަން ނަސީރު
- ބެންޗު
- ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ފަނޑިޔާރު ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ފަނޑިޔާރު ފާޠިމަތު ފަރްހީޒާ