ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-B12/19
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ޔާމީން، 2024/HC-B12/19
Prosecutor General v. Ahmed Yaameen 2024/HC-B12/19 (2024/HC-B12/19, High Court of the Maldives, 21 May 2024)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ޔާމީން
މައްސަލައިގެ ޚުލާޞާ
ގދ. ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓުން ތުހުމަތުކުރެވޭ މިންވަރުގެ ހެކި ހުރިކަމަށް ކަނޑައަޅަމުން، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އޮތްކަމަށް ބުރަނުވެވޭތީ، 60 (ރ) ގެ ދަށުން ޝަރުޠުތަކާއެކު ބަންދުން ދޫކުރިއެވެ.
މާލޭގައި ހުންނަ ކުންފުންޏެއްގެ އޮފީހަށް ވަދެ ގެއްލުންދީ ވައްކަންކުރި މައްސަލައެއްގައި، ޢަމަލީގޮތުން ވައްކަމުގައި ބައިވެރިވި ދެފަރާތަކަށް އެހީތެރިވި ކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގެ އަމުރަކުން ތުހުމަތުކުރެވޭ ފަރާތް 16 އޭޕްރީލް 2024 ގައި ހައްޔަރުކުރިއެވެ. ފުލުހުން 60 (ބ) ގެ ދަށުން 15 ދުވަހުގެ ބަންދަށް އެދުނެވެ.
ދައުލަތުން ބުނީ ބަންދުގައި ބަހައްޓަންޖެހޭ ޙާލަތު ވުޖޫދުވެފައިވަނިކޮށް، ނުރައްކަލެއް ނެތްކަމަށް ކަނޑައެޅި ސަބަބު ބަޔާންނުކޮށް ނިންމީ ޤާނޫނުއަސާސީގެ 49، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އަދި 60 (ބ)، ގަވާއިދުގެ 13 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ސާބިޤާތަކާ ޚިލާފަށް ކަމަށެވެ. ރައްދުވާ ފަރާތުން ބުނީ ސަބަބު ތަފްޞީލުކޮށްފައިވާ ކަމަށާއި، ފަރާތަކީ ވަޒީފާ އަދާކުރާ މީހެއް ކަމަށާއި، 60 (ރ) ގެ ދަށުން ދޫކުރުމަކީ ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރެއް ކަމަށެވެ.
މައިގަނޑު ސުވާލު
ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ފަރާތެއްގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ހުރިކަމަށް ކަނޑައަޅާފައިވަނިކޮށް، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލެއް ނެތްކަމަށް ސަބަބު ބަޔާންނުކޮށް ކަނޑައަޅައި، ޝަރުޠުތަކާއެކު ބަންދުން ދޫކުރި މެޖިސްޓްރޭޓް ކޯޓުގެ އަމުރު ރަނގަޅުތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު؛ ބަންދަށް އެދި 7 ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ 7 ދުވަހުގެ ތެރޭގައި ގޮތެއް ކަނޑައަޅަން އެންގި
ބޮޑު ވައްކަމެއް، ރާވައިގެން ގިނަ ބަޔަކު ބައިވެރިވެ ކުރި ކަމަށް ތުހުމަތުކުރެވޭ ކަމާއި ކުރިން ހައްޔަރުކުރެވިފައިވާ ރެކޯޑު އޮތުމުން މުޖުތަމަޢަށް ނުރައްކާވެދާނެ ކަމުގެ އިޙްތިމާލު ބޮޑެވެ؛ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލުވެސް އޮތެވެ. ދަށުކޯޓުން ހެކިތަކަށް ރިޢާޔަތްކޮށް ނަތީޖާއަށް ވާޞިލުވި ގޮތް ބަޔާންނުކޮށް ހަމައެކަނި ނުރައްކަލެއް ނުފެނޭ ކަމަށް ބުނުމުން އެ އަމުރު ބާޠިލުކުރެވުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހެނީ ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިތޯ އާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތެއް ވުޖޫދުވޭތޯއެވެ؛ 49 ވަނަ މާއްދާގެ ޙާލަތެއް ވޭތޯ ދެނެގަތުމަށް ރިޢާޔަތްކުރާނީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާއަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ޖަމާޢަތް ހަދައިގެން ނުވަތަ ގިނަ ބަޔަކު ބައިވެރިވެ ރާވައިގެން ކުރި ބޮޑު ވައްކަމުގެ ތުހުމަތެއްގައި، ކުރިން ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ ފަރާތެއްގެ ބަންދާމެދު ނިންމާއިރު، ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައިވާ ކަންކަމަށް (ހައްޔަރު ރެކޯޑު، ބައިވެރިވި ގޮތް، ކުށުގެ ބާވަތާއި ކުޑަބޮޑުމިން، ޖަމާޢަތް ހަދައިގެން ކުރުން) ފަރުވާތެރިކަމާއެކު ރިޢާޔަތްކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25–26)
- ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ވަޒަންކުރުމުގައި (ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ)) މައްސަލައިގެ ބާވަތާއި ޙާލަތާއި ތަޙްޤީޤުގެ އުނދަގޫތަކާއި، ލިބިފައިވާ އަދި ލިބެންހުރި ހެކިތަކަށް ބަލަންވާނެއެވެ؛ ގިނަ ބަޔަކު ބައިވެރިވި ކުށެއްގެ ތަޙްޤީޤުގެ ކުރީކޮޅުގައި ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތުމަކީ ނެތުމަށްވުރެ ގާތްކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28–31)
- ކޯޓު އަމުރަކުން ހައްޔަރުކުރުމުގައިވެސް ބަލަނީ 49 ވަނަ މާއްދާގެ ޙާލަތެއް ވުޖޫދުވޭތޯއެވެ؛ ހައްޔަރަށްފަހު ބަންދާމެދު ނިންމާއިރު ހުރި ހެކީގެ މިންގަނޑު ކަނޑައަޅައި، 13 ވަނަ މާއްދާގެ ޙާލަތްތައް ފުރިހަމަވޭތޯ އިޖުމާލީކޮށް ބަޔާންކޮށްގެން 60 ވަނަ މާއްދާގެ ދަށުން ބަންދުގެ މުއްދަތު ކަނޑައަޅަންވާނެއެވެ؛ އެކަށީގެންވާ ހެކި ނެތްނަމަ 60 (ބ) ގެ ދަށުން 15 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް، އެކަށީގެންވާ ހެކި ހުރިނަމަ 60 (ށ) ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33–34)
- ފަނޑިޔާރަކު ނިންމުމަކަށް ވާޞިލުވި ގޮތް ނުވަތަ ސަބަބުތައް ޖުމްލަގޮތެއްގައި ނަމަވެސް ބަޔާންކުރަންވާނެއެވެ؛ އެއީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ އިސްތިއުނާފުގެ ޙައްޤާއި 42 ވަނަ މާއްދާގެ ޢަދުލުވެރި ޝަރީޢަތުގެ ޙައްޤު ކަށަވަރުކުރުމުގެ ބައެކެވެ؛ ހެކި ހުރިއިރު ހަމައެކަނި 'ނުރައްކަލެއް ނުފެނޭ' ކަމަށް ބުނުމަކީ ނަތީޖާއަށް ވާޞިލުވި ގޮތް ބަޔާންކުރުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27، 35–40)
- ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރު ބޭނުންކުރި ގޮތުގައި މައިގަނޑު ވާޤިޢާއަކަށް ރިޢާޔަތްކޮށްފައި ނެތްނަމަ، އެ އިޚްތިޔާރުގެ މައްޗަށް މަތީ ކޯޓަށް ވަދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41–42)
މައްސަލައިގެ ތަޢާރުފު:
1މިއީ، ހުވަދު އަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ Q2C/MA/2024/01 )16 އޭޕްރީލް 2024( ކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ )މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް(" ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވ ފަރާތަކީ ގދ.ހޯނޫޑެއދ، އޯކަމް، އަޙްމަދު ޔާމީން )މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އަޙްމަދު ޔާމީން(" އެވެ. މައްސަލައިގައި ކަންހިގާފައިވާގޮތް:
22024 އޭޕްރީލް 01 ވަނަ ދުވަހުގެ ވަގުތެއްގައި […] ބިލްޑިންގ 8 ވަނަ ފަންގިފިލާގައި ހުންނަ އަލިހަވާ ޓްރާ ޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އޮފީހުގެ މުދަލަށް ގެއްލުންދީ އެތަނުން ވައްކަންކޮށްފަ އިވ މައްސަލައިގިއި އަޙްމަދު ޔާމީންގެ ބައިވެރިވުމެއް އޮތްކަމަށް ތުޙުމަތުކުރެވޭތީއާއި މައްސަލާގައި ހެކި ނައތާލަފާނެކަމަށް ފެންނާތީއާއި މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޤާނޫނު ނަންބަރ 2014/9 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( ގެ 30 ވަނަ މާއްދާއާއި، 30 ވަނަ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރާއި، 81 ވަނަ މާއްދާއާއި، 82 ވަނަ މާއްދާއާއި، 211 ވަނަ މާއްދާގެ )ހ( އާއި، 220 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރާއި )2( ވަނަ ނަންބަރާއި، 230 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ އަޙްމަދު ޔާމީން ހައްޔަރުކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވ. ޤާނޫނު ނަންބަރު 2016/12 )ޖިނާއީ ދރކ ނަންބަރު ދިވެހި ފުލުހުންގެ ޚިދުމަތް ރިފަރެންސް ނަންބަރު "ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމު" އިޖުރާއަތުގެ ޤާނޫނު ( ގެ 40 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އަޙްމަދު ޔާމީން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވ.
3ބުނެވިދިޔަ އަމުރާ ގުޅިގެން 16 އެޕްރީލް 2024 ގައި އަޙްމަދު ޔާމީން ހައްޔަރުކޮށްފައިވެއެވެ. އަދި، އަޙްމަދު ޔާމީންގެ ބަންދާމެދު ގޮތެއް ނިންމައިދިނުމަށް އެދި، ހުވަދު އަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، އަޙްމަދު ޔާމީން ޝަރުޠުތަކާއެކު ބަންދުން ދޫކުރުމަށް އަމުރުކޮށްފައިވެއެވި.މި އަމުރުގައި ބަންދުން ދޫކޮށްލުމަށް އަމުރުކުރި ސަބަބު ކަމަށް ބަޔާންކޮށްފައިވަނީ އަންނަނިވ ފަދައިންނެވެ. "2024 އޭޕްރީލް 1 ވަނަ ދުވަހުގެ ވަގުތެއްގައި، […] ބިލްޑިންގ 8 ވަނަ ފަންގިފިލާގައި ހުންނަ އަލިހަވާ ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އޮފީހަށްވަދެ ގެއްލުންދީ ވައްކަން ކޮށްފައިވާ މައްސަލާގައި އަޙްމަދު ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ކުށާއި ގުޅިގެން މިއަދ 2024 އޭޕްރީލް 16 ވަނަ ދުވަހުގެ 08:45 ގައި އަޙްމަދު ޔާމީން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަން ހުށަހެޅިފައި ލިޔުންތަކުން އެނގެން އޮންނާތީ، އަޙްމަދު ޔާމީން ބަންދުކޮށްފައިވަނީ ޤާނޫނާއި އެއްގޮތަށް ކަމަށް ކަނޑައަޅައި، އަޙްމަދު ޔާމީންއަކާ […] ބިލްޑިންގ 8 ވަނަ ފަންގިފިލާގައި ހުންނަ އަލިހަވާ ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އޮފީހުންވަދެ އަމަލީގޮތުން ވައްކަންކް ރުމުގައި ބައިވެރިވި ފަރާތަކަށް ނުވިނަމަވެސިއަޙްމަދު ޔާމީންގެ މައްޗަށ އޮތް ތުހުމަތަކީ މަވައްކަންކުރުމުގައި އަމަލީގޮތުން ބައިވެރިކަމަށް ބެލެވޭ ދެފަރާތަކަށް އެހީތެރިވެދިނުނ ކަމަށްވެފައި، އަޙްމަދު ޔާމީންގެ މައްޗަށް ކުރެވޭ ކުށުގެ ތުހުމަތާއި ލިބިފައިވާ ހެކިތި ކާއި ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮތުމުން އަޙްމަދު ޔާމީންގެ މައްޗަށް ތުޙުމަތުކުރެވުނު ކުށް ކުރިކަމަށް ތުޙުމަތުކުރެވޭ މިންވަރުގެ ހެކި ހުރިނަމަވެސް މިވަގުތު އަޙްމަދު ޔާމީން ދޫކޮށްލުމަކީ މިކަމުގެ ސަބަބުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އޮތްކަމެއްކަމަށް ބުރަނުވެވޭތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ރ( ގެ 2 ވަނަ ނަންބަރުގެ ދަށުން ކޯޓުން ކަނޑައަޅާ އަންނަނިވި ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލުމަށް، ބަންދުން ދޫކޮށްލާފައި ހުންނައިރު އެއްވެސް ޤާނޫނަކީ ޚިލާފު އަމަލެއް ނުވަތަ އިތުރު ކުށެއް ނުކުރުން، ތަޙްޤީޤު މަރުޙަލާގައި ތަޙްޤީޤުކުރާ ފަރާތުން ހާޒިރުވާން އަންގާ ތަންތަނަށް ހާޒިރުވުން، ކްރިމިނަލް ކޯޓުގެ ނަންބަރު J/HA/2024/260-145 )13 އޭޕްރީލް 2024( ކޯޓު އަމުރު ހުވަދު އަތޮޅު ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q2C/MA/2024/01 )16 އޭޕްރީލް 2024( ކޯޓު އަމުރު މައްސަލައިގައި ހެކިބަސް ދޭނެ ކަމަށް ޤަބޫލުކުރެވޭ އެންމެހައި އަދި ކުށުގެ ތުހުމަތުކުރެވޭ އެއްވެސް ފަރާތަކާ މުޢާމަލާތުން ކުރުމާއި ބައްދަލުނުކުރުނ"
4ދަށު ކޯޓުގެ މި ނިންމުމާމެދު ހިތްހަމަނުޖެހިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.
5ހުވަދު އަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ Q2C/MA/2024/01 )16 އޭޕްރީލް 2024( ކޯޓު އަމުރުނިންމާފައިވަނ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އ ނިންމުން އިސްތިއުނާފު ކުރުމަށް 01 )އެކެއް( ނުކުތާ ހުށަހަޅައި އެނުކުތު އާ މެދެދިވެހިރާއްޖޭގ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅ ނުކުތާއަކީ؛
5.1.ހުވަދު އަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q2C/MA/2024/01 )16 އޭޕްރީލް 2024( ކޯޓު އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސިގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރ 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 59 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ބ( އާއި، ގަވާއިދު ނަންބަރު 2021-SC-REG-01 )ޝަރީޢަތްކުރުމާބެހޭ ޖިނާއީ އޖުރާއަތުގެ ގަވާއިދު( ގެ 13 ވަނަ މާއްދާގެ )ހ( އާއި )ނ( އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
6ހުވަދު އަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q2C/MA/2024/01 )16 އޭޕްރީލް 2024( ކޯޓު އަމު ރަކ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރ 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 59 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ބ( އާއި، ގަވާއިދު ނަންބަރު 2021-SC-REG-01 )ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު( ގެ 13 ވަނަ މާއްދާގެ )ހ( އާއި )ނ( އާއި، ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ކަނޑައަޅުއްވައި ދެއްވައި،
7އަޙްމަދު ޔާމީންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހުށަހެޅުމުން، އަޙްމަދު ޔާމީންގެ ބަންދާމެދު 07 )ހަތެއް( ދުވަހުގެ ތެރޭގައި އަލުން ގޮތެއް ކަނޑަޅަން އަމުރުކޮ ށްދެއްވައި، އަޙްމަދު ޔަމީންގެ ބަންދާމެދު ގޮތެއް ކަނޑައަޅަންދެން އަޙްމަދު ޔަމީން ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްދިނުމަށް އެދޭކަމަށެވެ. ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކައިގެ ޚުލާސާ
8އިސްތިއުނާފީ ނުކުތާގެތަފްޞީލުގައި ދައުލަތުން ފާހަގަކޮށްފައިވަނީ މުއްތަހް މ ބަންދުން ދޫކޮށްލައިފިނަމަ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށްޓަކައި، ނުވަތަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި، މީހަކު ބަންދުކުރެވިދާނެކަން އެ މާއްދާއެ ށ ބެލުމުން އެނގެން އޮންނަކަމަށާއި އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( ގައި ބަޔާންކުރާ 4 ސަބަބުންކުރެ ސަބަބެއް އޮވެފައި، ތުހުމަތުކުރާ ފަރާތުގެ މައްޗަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެނަމަ، އެޤާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފއިވަ ކަންކަމަށް ފަނޑިޔާރު ރިޢާޔަތްކޮށް 15 )ފަނަރަ( ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެ މަތިން ބަންދުގައި ބެއްހެޓިދާނެކަމަށް އެމާއްދާގައި ބަޔާންކޮށްފައިވާކަމަށެވ. މީގެ އިތުރުން މުއްތަހަމު ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތުވެދާނެކަމަށް ބެލުމުގައި ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭނ އެގަވާއިދގ 13 ވަނަ މާއްދާގެ )ނ( ގައި ބަޔާންކުރާ ކަންތައްތަކަށްކަމަށާއި، މިކަން ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/93 )ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާގައި ބަޔާންކޮށްދީފއިވާކަމަށެވ. އަދި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބުނާ ފަދަ އިންސާފުވެރި ޝަރީޢަތެއް ކުރުމަށްޓަކައި ފަނޑިޔާރު ކުރިމައްޗަށް ހުށަހެޅުނު ހެކިތަކަކީ ކޮބާކަމާއި، އެ ހެކިތައް ވަޒަންކުރިގޮތާއި، އ ޙުކުމަށް ފަނޑިޔާރު ވާޞިލްވި ސަބަބުތައް ލިޔެ ބަޔާންކުރަންވާނެކަނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާގެ 33 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާކަމަށެވެ .
9ސުޕްރީމް ކޯޓުގެ ނަންބަރު ނަންބަރު 2019/SC-A/15 )އިބްރާހީމް ޢަބްދުއްލަޠީފް ވ.އޯނަސް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާގައި، މައްސަލަތަކުގެ މުހިއްމު ވާގިއާތައް ނުވަތަ މެޓީރިއަލް ފެކްޓްސްތައް ތަފާތުކަމަށް ޤަބޫލުކުރެވޭނެނަމަ، ތަފާތު ޙާލަތް ބަޔާންކުރުމަށްފަހު، މަތީ މަރުހަލާގެ ކޯޓަކުން ކުރިން ނިންމާފައިވާ ނިންމުމާ އެއްގޮތަށް އަމަލުނުކުރުމުގެ ފުރުސަތު އޮތްކަމަށް ބަޔާންކޮށްފައިވީނަމަވެސް މި އިސްތިއުނާފީ ފޯމެ ގައި ޙަވާލާދީފައިވާ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ދަށުކޯޓުން ދުރަށް ދާންޖެހުނު ސަބަބެއްވެސް އ ކޯޓު އަމުރުގައި ބަޔާނެކޮށްފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
10މިނުކުތާ އިތުރަށް ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނި ފައިވަނ އަޙްމަދު ޔާމީން ބަންދުގައި ބަހައްޓަންޖެހޭ ހާލަތު ކަނޑައަޅުމުގައި ޝަހީބް އިބްރާހީމުވ. ޕަރޮސިކިއް ޓް ރ ޖެނެރަލްގެ އޮފސ ޤަޟިއްޔާގައި ބަޔާންކުރާ 02 ސުވާލުގެ ޖަވާބު ހޯދަންޖެހޭނެކަމަށެވެ.އެގޮތުން، ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިތޯ ނުވަތަ ނޫންތޯއާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުވޭތޯ ނުވަތަ ނޫންތޯ ބަލަންޖެހޭނެކަމަށެވ. އަދި ހުށަހެޅިފައިމިވާ މައްސަލައިގައި އަޙްމަދު ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމުގެ މައްޗަށް ކޮންމެވެސް މިންވަރެއްގެ ހެކިހުރިކަމަށް ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހެޅި ފޯމާއި އަދި އަޙްމަދު ޔާމީން ބަންދުން ދޫކޮށްލި އަމުރުގައި ބަޔާންކޮށްފައިވާކަމަށެވެ.އެހެންކަމުން އަޙްމަދު ޔާމީންގެ މައްޗަށް ހެކިހުރިކަމާއިމެދު ފަނޑިޔާރު ގަބޫލުކުރައްވާކަމަށެވ. އަދި މި މައްސަލައިގެ ހެކިންނަކީ ތުހުމަތުކުރެވޭ މީހާ ބަންދުން ދޫވެފައި ހުންނައިރު ތުހުމަތުކުރެވޭ މީހާގެ ބާރު ފޯރުވައި، ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ހެކިންކަމުގައި ވާތީ، އަޙްމަދު ޔާމީން ބަންދުން ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތްތޯ ބަލާއިރު، ޝަރީޢަތްކެ ރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރު މި މައްސަލައިގައި ފުރިހަމަވާކަމަށެވެ . އަދި އަޙްމަދު ޔާމީން ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ ސަބަބުތަކުގެ ތެރޭގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ނ( ގައި ފުރިހަމަވާކަންކަން ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާކަމަށެވެ.އަދި މި މައްސަލައިގައި އަޙްމަދު ޔާމީނގް ހައްޔަރު ރިކޯޑު އޮތުމާއި،ދުރާލާ ރ ވާއިގެން އިންތިޒާމީ ގޮތެއްގައި ކުށްކުރި ކުރުމާއި މި މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާތަކަށާއި މ މައްސަލައިގައި ވަގަށް ނަގާފައިވާ ފައިސާގެ އަދަދަށެބަލާއިރު މިއީ ޖިނާއީ ބޮޑު ކުށެއްކަން އެނގި ހާމަވެގެންދާކަމަށެވ. އެހެންކަމުން އަޙްމަދު ޔާމީން ބަންދުން ދޫކޮށްލުމަށް ކުރި އަމުރުގައި މުޖްތަމުގ ސަލާމަތައް ނުރައްކަލެއް ނެތްކަން އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލެއް ނެތްކަމަށް ބުނަނީ ކޮން ޤާނޫނީ އަސާސެއްގެ މައްޗަށްކަމެއް ބަޔާންކޮށްފައިނުވާކަމަށެވަ.އެހެންކަމުން އިސްތިއުނާފުކުރެވިފައިވާ ކޯޓު އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 60 ވަނަ މާއްދާއާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރާއި، އެ މާއްދާ ގ )ނ( ގެ )1(،)3) (4( އަދި )6( ވަނަ ނަންބަރާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވެއެވެ.
11އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފީ ނުކުތާގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ދަށުކޯޓުގައި ފަނޑިޔާރު ނިންމި ނިންމުމުގައިތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިނަމަވެސް މިވަގުތު އަޙްމަދު ޔާމީން ގޭބަންދުން ދޫކޮށްލުމަކީ މިކަމުގެ ސަބަބުނެމުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތްކަމަށް ބަޔާންކޮށް ދޫކޮށްލި ދޫކޮށްލުމާއި ގުޅިގެންކަމަށެވ. އަދި މި އަމުރުގައި ފަނޑިޔާރު ނިންމެވި ނިންމުމުގައި ބަންދުން ދޫކޮށްލުމަށް ނިންމި ސަބަބުތައް ކޮންމެވެސް ވަރަކަށް ތަފްސީލީ ބަޔާންކޮށްފައި އޮތް އިރުގައި ބަޔާނިކޮށްފައިވަނީ އަމަލީގޮތުން ބައިވެރް ވްކަމަށް ބެލެވޭ ދެފަރާތަށް އެހީތެރިވުން ކަމަށްވެފައި އަޙްމަދު ޔާމީނެ ގެ މައްޗަށް ކުރެވޭ ކުށުގެ ތުހަމަތާއި ލިބިފައިވާ ހެކިތަކާއި ކޮންމެވެސް މިންވަރެއްގެ ގުޅުމެއް އޮތުމުން އަޙްމި ދ ޔާމީންގެ މައްޗަށް ތުހި މަތުކުރެވުނު ކުށް ކުރެކަމުގެ އެކަށީގެންވާ މިންވަރަށް ހެކި ހުރިކަމަށެވެ. މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ބަލާ ޓެސްޓަކީ އަދ ގައިޑްލައިންއަކ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ނ( ގައި ބަޔާންކުރާ ކަންކަންކަމަށެވެ. އެހެންނަމަވެސް ތުހުމަތުކުރެވޭ މީހާ ބަންދާއި ކުށުގެ ރިކޯޑާއި އެއާއި ގުޅިގެން މި އަންނަ ތުހުމަތުކުރެވޭ ފަރާތް މުޖްތަމުގެ އަދާކުރާ ވަޒީފާއާއި އޭނަ މުޖްތަމައގައްއަދާކުރާ ދައުރާއި މިކަންކަމަށް ބަލާއިރު އަޙްމަދު ޔާމިންއަކީ އެޗް.ޑީ. ސީގައިވަޒީފާއަދާކުރާ ފަރާތެއްކަންވެސް އެނގެ ނ އޮންނަކަމަށެވެ. ކުށުގެ ރިކޯޑށަ ބަލާއިރުވެސް އަޙްމަދު ޔާމީނެގް އެއްވެސް ހައްޔަރެއް ނުވަތަ އެއްވެސް ބަންދެއް އިތުރުކޮށްދީފައިނުވާކަމަށެވ. ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ނ( ގެ ދެން ހުރި ކަންކަމަށް ބަލާއިރުގައި ތުހުމު ތުކުރެވޭ ކުށުގައި އޭނަ ބައިވެރިވިގޮތް ދަށުކޯޓުގެ ފަނޑިޔާރި ނިންމެވިއިރުގައި ވަރަށް ތަފްސީލީ ގޮތެއްގައި ފުލުހުންގެ ފަރާތުން ބަންދާމެދު ގޮތެއް ނިންމުމަށް ހުށަހެޅި ފޯމާއެކީގައި ހުށަހަޅާފައި އޭގައި ތަފްސީލީގޮތެއްގައި ބަލާފައި ހުރިކަން އަމުރުގައި ބަޔާންކޮށްފައހުރި ސަބަބުގައި ބަޔާންކޮށްފައި ވާކަމަށެވެ . މިމައްސަލައިގެ މުއްދަތު މަޖިލީހުގައި ހުށަހެޅިފައިހުރި ހެކި އިޖުމާލީގޮތެއްގައި ބެއްލެވުމުގައި ޖަމާއަތް ހަދައިގެން ހިންގިކަމެއްގައި އެޖަމާއަތުގެ ތެރޭގައި އަޙްމަދު ޔާމީން ހިމެނޭތޯ ނުވަތަ ނޫންތޯ ސުވާލު ކުރުމުން ފުލުހި ންގެ ފަރާތުން އެ އަމަލު ހިނެގުމުގައި އަޙްމަދު ޔާމީން ބައިވެރިވެފައިނުވާކަން ދަށުކޯޓުގައި ފާހަގަ ކޮށްފައިވާކަމަށެވ.
12މިނުކުތާ އިތުރަށް ތަފްސީލުކުރަމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ބ( ގެ ދަށުން ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެވަގުތު ނެތްކަމުގައިވިޔަސް، އެ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރުން ފެށިގެން )4(ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮވެފައި، އޭނާގެ މައްޗަށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެނަމައެ މީހަކުން ބަންދުކުރުމަކީ ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރެއްކަމަށެވ. އެހެންނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( އަދި )ކ( ގައިވާ ހާލަތްތަކުގައިބަންދުގައި ބަހައްޓަންޖެހޭނެކަމަށް ލާޒިމްކޮށާ ފައެވ ކަމަށެވެ. އެހެންކަމުން، ސަބަބު ބަޔާންކުރުމަށްފަހު، 60 ވަނަ މާއްދާގެ )ރ( ގައި ބަޔާންކޮށްފައިވާފަދައިން ބަންދުން ދޫކޮށްލެވިދާނެކަމަށެވ. މި އިޚާތިޔާރުގް ދަށުން ކޯޓުން ކަނޑައަޅާ ޝަރުތެއްގެ ދަށުން ދކޮށްލާފައިވއިރު، ތުހުމަތު ކުރެވޭ ކުށް ކުރިކަމަށް ގަބޫލުކުރެވުނެނި މަވެސް މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތް ޝަރުތުކޮށް ބަންދު ދޫކޮށްފައިވާކަމަށެވ. ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން، ފަނޑިޔާރު އިޚްތިޔާރު ކ ރ 60 ވަނަ މާއްދާގެ )ރ( ކަމަށާއި،މުޖްތަމައގެ ސަލާމަތަށް ނުރައްކަލާ އެ އޮތްކަމަށް ނުދެކޭކަމަށ މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ ހުށަހެޅިފައިހުރި ހެކި ގަރީނާ ތަކުން މި ކުށްކުރިކަމަށް ހެކި ގަރީނ ހުރި ކަމަށީނފެންނާތއާއި،އަދި ކުށުގެ އަމަލުގައި އަޙްމަދު ޔާމީން ބައިވެރިނުވާކަމަށް ފުލުހުންގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްފަވަ ތެކަމށެވ. އެހެންކަމުން ދަށުކޯޓުގެ ފަނޑިޔާރު ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް ނިންމެވި ނިންމެވުމަކީ ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާއެއްގޮތަށް ނިންމާފައވ ނިންމުމެއްކަމަށެވެ . އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
13ހުވަދު އަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ Q2C/MA/2024/01 )16 އޭޕްރީލް 2024( ކޯޓު އަމުރަކީ ޤާނޫނާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ.
14އިސްތިއުނާފު ރައްދުވާ ފަރާތަކީ، ވައްކަންކުރް މުގެ މައްސަލައެއްގައި ބައިވެރިވުން އޮތްކަމަށް ތުހުމަތުކުރެވުމ ގުޅިގެން، އޭނާގެ ކިބައިން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށީފެންނާތީއާއި އަދި ހެކިބަސްދޭން ހުރި ފަރާތަކަށް ނުފޫޒުފޯރުވަފާނެކަމަށް ފެންނާތީ، ހައްޔަރުކުރުމަށް އަންގައި، ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުން، 16 އޭޕްރީލް 2024 ވަނަ ދުވަހު، ހައްޔަރުކޮށްފައިވާ ފަރާތެކެވެ.
1516 އޭޕްރީލް 2024 ގައި އިސްތިއުނާފު ރައްދު ވާ ފަރާތް ހައްޔަރުކޮށް، އެ ހައްޔަރު ދެމެހެއްޓުމަށް ނިންމުމަށްފަހު، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމައި ދިނުމަށް ފުލުހުންގެ ފަރާތުނ ގދ. ހ ނޑެއްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ފޯމުގައި އެދިފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ބ( އާއި ޙަވާލާދީ 15 )ފަނަރަ( ދުވަހުގެ މުއްދަތް ށައިސްތިއުނާފު ރައްދުވާ ފަރާތް ބަންދުކޮށްދިނުމަށެވ. 12 މެއި 2024 ގައި ބޭއްވުނު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެދިފައިވާގޮތް ދިވެ ހ ފުލުހުންގެ ޚިދުމަތުގެ ނަންބަރު F/204002M ބަންދާމެދު ގޮތެއްނިންމުމަށް އެދި ހުށަހަޅާ ފޯމު )16 އެޕްރީލް 2024(
16ބަންދާމެދު ގޮތެއް ނިންމުމުގައި،އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށްކަމަށް ކަނޑައެޅުމަށްފަހު، ޖިނާއީ އިޖުރއަތުގ ޤާނޫނުގެ 60 ވަނަ މާއްދާގެ )ރ( އާއި ޙަވާލާދީ، އިސްތިއުނާފު ރައްދުވާ ފަރާތް ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލމަށ ގދ. ހޯން ޑެއްދޫ މެޖިސްޓްރޭޓް ކޯޓނ ނިންމާފައިވެއެވެ .
17އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކޮށްލަން ނިންމާފައިވާ ނިންމުމަށް ބަލާއިރު؛
17.1. އިސްތިއުނާފު ރައްދުވާ ފަރާތަކީ، ޢަމަލީގޮތުން ވައްކަންކުރުމުގައި ބައިވެރިވި ފަރާތަކަށް ނުވިނަމަވެސް، މީނާގެ މައްޗަށް އޮތް ތުހުމަތަކީ، ޢަމަލީގޮތުން ވައްކަންކުރުމުގައި ބައިވެރިވިކަމަށް ބެލެވޭ ދެފަރާތަކަށް އެހީތެރިވެދިނުންކަމަށްވެފައި، މީނާގެ މައްޗަށް ކުރެވޭ ތ ހުމަތާއި ލިބިފައިވާ ހެކިތަކާއި ކޮންމެވެސް މިންވަރެއްގެ ގުޅުމެއް އޮތުމުން، މީނާގެ މައްޗަށް ތުހުމަތުކުރެވުނު ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ހުރިކަމަށާއި،
17.2. އެފަދަ ހެކި ހުރިނަމަވެސް، މީނާ ދޫކޮށްލުމަކީ، މިކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެ، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަމެއްކަމަށް ބުރަނުވެވޭކަމަށ ކަނޑައަޅާފައިވެއެވ.
18ޕްރިސިޑެންސް 1ކުށެއްގެ ތުހުމަތުކުރެވޭ މީހާގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހެނީ، ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިކަން ނުވަތަ ނޫންކަމުގެ މައްޗަށާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވާކަން ނުވަތަ ނޫންކަމެވެ. ހަމައެފަދައިން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުގައި އޮތްކަން ނުވަތަ ނެތްކަން ދެނެގަތުމަށް ރިޢާޔަތްކުރާނީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާ އަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/29 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިރުފާން ތަޤިއްޔު( ޤަޟިއްޔާގެ 22 ވަނަ ނުކުތާ. ބަންދާމެދު ގޮތެއް ނިންމާއިރު ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ ކަންތައްތައް
19ބުނެވިދިޔަ ދެ ސުވާލުގެ ތެރެއިން، ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހާކި ހުރިކަން ނުވަތަ ނޫންކަމަމެދު ދަށު ކޯޓުން ނިންމާފައިވަން މި މައްސަލައިގު އ އަޙްމަދު ޔާމީންގެ މައްޗަށަ ތުހުމަތުކުރެވުނު ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ހުރިކަމަށެވެ. އަދި މިއީ، ދައުލަތުން މި އިސްތިއުނާފުގައި ތައުނުކޮށްފައެވާ ނުކުތާއެއްނޫނެވެ. އެހެންކަމުން، އެނުކުތާގައި ދަށުކޯޓުން ކަނޑައަޅާފައިވާ ގޮތާމެދު ބަހުސްކުރުމުގެ ބޭނުމެއް އޮތްކަމުގައި ނުދެކެމެވެ.އަދި އެއީ އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއްކަމުގައިވެސް ނުދެކެމެވެ.
20އިސްތިއުނާފް ކުރާ ފަރާތުގެ މައިގަނޑު ބަހުސަކީ، ތުހުމަތުކުރެވުނު ކުށް ކުރާކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ކަނޑައަޅާފައުވއިރެ،އިސްތިއުނާފު ރައްދުވާ ފަރާތް ޝަރުޠުކޮށް ދޫކޮށްލުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ބ( އާއި ޚިލާފު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ބަހުސެވެ. އެގޮތުން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް )ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް( ނެތްކަމަށް ދަށުކޯޓުގެ ފަނޑިޔާރު ކަނޑައަޅާފައިވަނީ، އެފަދަ ހާލަތެއް ވުޖޫދުވެފައިވަނިކޮށްކަމަށާއި، އަދި އެފަދަ ހާލަތެއް ނެތްކަމަށް ކަނޑައެޅި ސަބަބެއް ކޯޓު އަމުރުގައި ބަޔާންކޮށްފައިނުވާކަމިގއެ އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވެއެވެ. އެހެންކަމުން އެއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ، އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި، ޙުކުމަށް ވިސިލުވާ ސަބަބުތައް ބަޔާންކުރަންވާނެކަމަށ ބަޔާންކޮށްފައިވާ ނުކުތާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް އޮތްތޯ ކަނޑައެޅުމުގައި ތަޠުބީޤުކުރަންޖެހޭ މިންގަނޑުކަމަށް ކަނޑައަޅާފައިވާ "އެފަދަ ސަބަބެއް ވޫޖުދުވުން، އެފަދަ ސަބަބެއް ވުޖޫދު ނުވުމަށްވުރެ ގާތްކަން ބޮޑުކަން " މަންގާނޑެޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމުގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވެއެވ.
21ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު، މި މައްސަލާގައި ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ނުކުތާއަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ، ބަންދުގައި ބަހައްޓަންޖެހޭފަދަ ހާލަތެއް ނެތްކަމަށް މި މައްސަލާގައި ދަށުކޯޓުގެ ފަނޑިޔާރު ކަނޑައަޅާފައިވަނީ ރަނގަޅަށްތޯއެވ.
22ބަންދާމެދު ގޮތެއް ނިންމައިދިނުމަށް އެދި ދިވެހި ފުލުހުންގެ ފަރާތުން، މި މައްސަލާގައި ދަށު ކޯޓަށް ހުށަހަޅާފައިވާ ފޯމަށް ބަލާއިރު، މައްސަލައާގުޅޭގޮތުން ލިބިފައިވާ ހެކި ޤަރީނާގެ ގޮތުގައި ބަޔާންކޮށްފައިވަނީ،
1. މައްސަލަ ހުށަހަޅާ ފަރާތުގެ ސިޓީ، 2. ހެކިންގެ ބަޔާން، 3. ސީސީޓީވީ ފުޓޭޖް ސްނެޕްޝޮޓްސް، 4. އިންޓެލިޖެންސް ރިޕޯޓް މިއެވެ. މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމުގެ އިހްތިމާލު
23ފުލުހުންގެ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާފައިވާ، ފޯމާއެކު ހުށަހަޅާފައިވާ ހ ކިތަކަށް މަތިމަތީން ބަލާއިރު، ތުހުމަތުކުރެވޭ ކުށާއި، އަދި ކުށުގެ ޢަމަލު ހިންގުމުގައި ބައިވެރިވި ފަރާތްތަކާއި އިސްތިއުނާފު ރައްދުވާ ފަރާތާ ގުޅުވައިލެވޭ ކަންތައްތަކެއް ފެންނާނެ އެބަހުއްޓެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެތ ދެނެގަތުމަށެ،މިހިނދަށް ހުރި ހެކިތަކަކީވެސް މަތީގައި ބަޔާންކުރެވުނު ކަންކަމެވެ.
24ތުހުމަތުކުރެވުނު ކުށަށް ބަލާއިރު، މިއީ ގިނަ ޢަދަދެއްގެ ފައިސާ ހިމެނޭ ވައްކަމުގެ މައްސަލައެވެ. އަދި ކުށް ކޮށްފައިވަނީ ދުރާލައި ރާވައިގެން، ގިނަ ބަޔަކު ބައިވެރިވެ، ގިނަ ބައެއްގެ މެދުގައި މަސައްކަތްތައް ބަހާލައިގެން ކަމުގައި ޕްރޮސިކިއުޝަންއިން ބުނެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ހައްޔަރު ރެކޯޑަށް ބަލާއިރު، ވައްކަމުގެ މައްސަލައަކާއި، މާރާމާރީގެ މައްސަލައެއްގައި އިސްތިއުނާފު ރައްދުވާ ފަރާތް ކުރިން ހައްޔަރުކޮށްފައވާކަން އެނގެން އޮވެއެވެ.
25ޕްރިސިޑެންސް 2ބަޔާންކުރެވުނު ކަންކަމަށްބަލާއިރު، ޖަމާޢަތް ހަދައިގެން ކޮށްފައިވާކަމަށް ބެލެވޭ ނުވަތަ ގިނަ ބަޔަކު ބައިވެރިވެގެން ކޮށްފައިވާކަމަށް ބެލެވި މިފަދަކުށެއްގެ ތުހުމަތުކުރެވޭ މިންވަރަށް، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ހެކި ހުރިއް ރ، ތުހުމަތުކުރެވެނީ ބޮޑު ވައްކަމުގެ މައްސަލައެއްގައިކަން އެނގެން އޮތްހިނދު، ފުލުހުންގެ ފަރާތުން އޭނާގެ ބަންދާމެދު ގޮތެއް ނިންމައިދިނުމަށް އެދުމުން، އެކަންކަމަށް ފަރުވާތެރިކަމާއެކު ރިޢާޔަތްކުރަންވާނެ ކަމުގައި ދެކެމެވ.
26އެގޮތުން، އިސްތިއުނާފު ރައްދުވާ ފަރާ ތުގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޢަމަލު ހިންގުމުގައި ބައިވެރިވެފައިވާކަމަށް ބެލެވޭ ގޮތާއި، ކުށުގެ ބާވަތާއި، ކުށުގެ ކުޑަބޮޑުމިނާއި، ކުށުގެ ޢަމަލު ހިންގާފައިވަނީ ޖަމާޢަތް ހަދައިގެންކަން ދެނެގަނެވެން އޮތްއިރު، އިސްތިއުނާފު ރައްދުވާ ފަރާތަކީ، އޭނާގެ ހައްޔި ރ ރެކޯޑަށް ބަލާއިރު، ވައްކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަރާތެއްކަމުން، މި ކަންކަމަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކީ، އެމީހަކު ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބެލުމުގައި ރިޢާޔަތްކުރުމަށް، ޝަރީޢަތްކުރުމަބެހޭ ޖިނާއީ އިޖުރާއަތުގުގެވާއިދގ 13 ވަނަ މާއްދާގެ )ނ( ގައި ކަނޑައަޅާފައިވާ ކަންތައްތަކެއްކަމުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިން، މުޖުތަމަޢުގެ ސަލާމަތަށް )ނ( ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ(، )ބ( އަދި )ޅ( ގެ ދަށުން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގައި 60 ވަނަ މާއްދާގެ )ށ( ގެ )4 ( ވަނަ ނަންބަރުގެ ދަށުން، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވ. (1)ތުހުމަތުކުރެވޭ މީހާގެ ބަންދާއި، ހައްޔަރުގެ ރެކޯޑުތަކާއި، ކުށުގެ ރެކޯޑު. (2)ތުހުމަތުކުރެވޭ މީހާ މުޖުތަމަޢުގައި އަދާކުރާ ދައުރާއި، އޭނާގެ ވަޒީފާއާއި، އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ނެތް ގޮތް. (3) ތުހުމަތުކުރެވޭ ކުށުގެ ޢަމަލު ހިންގުމުގައި އޭނާ ބައިވެރިވެފައިވާ ގޮތު . (4)ކުށުގެ ބާވަތާއި، ކުށް ކޮށްފައިވާ ޙާލަތާއި، ކުށުގެ ކުޑަ ބޮޑުމިނާއި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަން . (5)ކުށުގެ ތުހުމަތުގައިވާ މީހާގެ ކިބައިން މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިވެދާނެކަން އެނގޭނެ އެހެނިހެން ސަބަބުތައް. )6( ކުށުގެ ޢަމަލު ހިންގާފައިވަނީ ޖަމާޢަތް ހަދައިގެން ކަމުގައިވުން. ނުރައްކާ ނުވާނެކަމަށް ބެލުމަށްވުރެ،މުޖުތަމަޢަށް ނުރާއްކާވެދާނެ ކަމަށް ބެލުމުގެ ފުރުސަތު ބޮޑުކަމުގައި ދެކެމެވ.
27ޕްރިސިޑެންސް 5ބަޔާންކުރެވުނު ކަންކަމަކީ، ހުށަހެޅިފައިވާ ކަންކަމަށް މަތިމަތީން ބަލާލުމީން ދެނެގަނެވެންހުރ ކަންކަމަށްވހިނދ، އެ ހެކިތަކަށް ރިޢާޔަތްކުރުމުން، ހަމައެކަނި، "މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ވެދާނެކަމަށް ނުފެންނަކަމަށް" ބެޔާންކޮށްލުމުން، އެ ނަތީޖާއަށް ވާސިލުވިގޮތް ބަޔާންކޮށްދެވުނުކަމުގައި ނުދެކެމެވެ.
28ޕްރިސިޑެންސް 3ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތތް ބެލުމުގައި ރިޢާޔަތްކުރަންވާނެ ކަންކަން، ޖިނާއީ އިޖުރާއަތުގެ ގަވާއދުގ 13 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާއިރު، ކުށެއްގެ ތުހުމަތުގައި މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ ހާލަތުގައި، އެ މައްސަލައިގެ ބާވަތާއި ހާލަތާއި، ތަހުޤީޤުކުރުމުގައި ހުރެދާނެ އުނދެގޫތަކަކ ކޮބައިކަން ދެނެގަނެ އެކި މައްސަލަތަކުގައި އެމައްސަލައިގެ ހާލަތުން ކަންކަން ވަޒަންކުރަންވާނެއެވ.
29މި މައްސަލައަށް ބަލާއިރު، ކުރިންވެސް ބަޔާންކުރެވުނު ފަދައިން، މިއީ ޖަމާޢަތް ހަދައިގެން، ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ބޮޑު ވައްކަމަކާގުޅޭ މައްސަލައކެވ. އެހެންކަމަށްވާނަމަ، ތަހުޤީޤު މަރުހަލާގެ ކުރީކޮޅުގައި، )ހ( ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ(، )ބ( އަދި )ޅ( ގެ ދަށުން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގައި، 60 ވަނަ މާއްދާގެ )ށ( ގެ )1 ( ވަނަ ނަންބަރުގެ ދަށުން، ތުހުމަތުކުރެވޭ މީހާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް ބެލުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކރަންވާނެއެވ . (1) މައްސަލައިގައި ލިބިފައިވާ އަދި ލިބެންހުރި ހެކިތަކަށް ބަލާއިރު، ތުހުމަތުކުރެވޭ މީހާގެ ބާރު ނުފޯރުވޭނެ ހެކިތައް ހުރިކަން ނުވަތަ ނޫންކަން. (2) މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުންނާއި ތުހުމަތުކުރެވޭ މީހާއާ ގުޅުން އޮތް މިންވަރާއި، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތް މިންވަރު. (3) ތުހުމަތުކުރެވޭ ކުށަށް އިޢުތިރާފުވެފައިވާކަން ނުވަތަ ނޫންކަން. )4( މުޖުތަމަޢުގައި ތުހުމަތުކުރެވޭ ފަރާތުގެ މަޤާމާއި، ބާރާއި ނުފޫޒު އޮތް މިންވަރު. މައްސަލައިގެ އެންމެހާ ހެކިތަކަކީ ކޮބައިކަމާއި، އެތަފްސީލުތައް ނުލިބި ހުރެދާނެއެވެ.އެއީ ބުއްދީގެ ހަމައިން ބެލިނަމަވެސް ކަން އޮންނާނެ ގޮތެވެ.
30ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގެ )ހ( ގެ 01 ވަނަ ނަންބަރަށް ބަލާއިރު،ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތްތޯ ވަޒަންކުރުމުގައި، މައްސަލައިގައި އެހާތަނަށް ލިބިފައިވާ ހެކިތަކާއި، އަދި ލިބެންހުރި ހެކިތަކަށް ބަލަންޖެހެއެވެ.
31މި މައްސަލައިގައި ތުހުމަތުކުރެވޭ ކުށުގެ ޢަމަލަކީ ރޭވުންތެރިކަމާއެކު، ގިނަބަޔަކު ބައިވެރިވެގެން ކޮށްފައިވާ ކުށަކަށްވެފައި، މި ޙާލަތުގައި،އިތުރު ހެކިންނާއި ކުށުގެ ޢަމަލުގެ އިތުރު ބައިވެރިން ތިބުމުގެ ފުރުޞަތު މި މައްސަލައިގައި އެބައޮތެވެ. ގިނަ ހެކިންތަކެއްވެސް ތިބެދާނެއެވެ. އަދި ކުށުގެ ޢަމަލުގައި ކޮންމެވެސް ސިފައެއްގައި ބައިވެރިވެފައިވާ މީހަކު ހެއްކެއްގެ ގޮތުގައި ފަހުގެ މަރުހަލާއެއްގައި ވެގެން ދިއުމަކީވެސް ވެދާނެކަމެކެވެ.ގިނަ ބަޔަކާ ގުޅިގެން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މިފަދަ ކުށްތަކުގައި، ހެކިބަސްދޭންތިބެދާނެ މީހުންނާއި، އެފަދަ ފަރާތްތަކާ ތުހުމަތުކުރް ވ ފަރާތާ ގުޅުން އޮވެދާނެ މިންވަރަށްބަލާއިރު، އެފަދަ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލެއް ނެތުމަށްވުރެ އޮތުމަކީ ގާތްކަމެއ ކަމުގައި ދެކެމެވ. އިސްތިއުނާފު ރައްދުވާ ފަރާތަކީ، ކޯޓު އަމުރެއްގެ ދަށު ނާހައްޔަރުކޮށފައިވްފަރާ ތަކަށްވުނ
32މި މައްސަލައަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތަކީ، އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް އެދި، ދިވެހި ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހެޅުމުން، އޭނާ ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ފަރާތެކެވަ.އަދި އެފަދައިން ނިންމާފައިވަނީ، ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށެހަޅާފައިވާ ފޯމުގައި ބަޔާންކޮށްފައިވ ބައެއް ހެކިތަކުގެ މައްޗަށް ރިޢާޔަތްކޮށްގެންކަން، އެ ކޯޓުއަމުރަށް ބެލުމުން އެނގެން އޮވެއެވެ. އަދި ހަމައެފަދައިން، ބަންދުކުރުމަށް ނިންމުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ، އޭނާގެ ކިބައިން މުޖުތަމަޢުގެ ސަލާމަތަށް ނުރް އްކާވެދާނެ ފަރާތެއްކަމަށާއި، އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލުވެސް އޮތ ފަރާތެއްކަމުގައި ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވ.
33ޕްރިސިޑެންސް 4ކޯޓު އަމުރެއްގެ ދަށުން، އެހިނދަށް ލިބިފައިހުރި ހެކި ޤަރީނާއަށް ބަލާއިރު، މީހަކު ހައްޔަރުކުރުމުގެ އަމުރެއް ނެރެންޖެހޭތޯ، ބެލުމުގައި ރިޢާޔަތްކުރާ މިންގަނޑަކީވެސް، އެމީހެއްގެ މައްޗަށް ޤާނޫނުއަސާސީގެ 49 ގައިވާ ޙާލަތެއް ވުޖޫދުވެފައިވޭތޯ ބެލުންކަމުގައި ދެކެމެވ. އެހެންކަމަށްވާނަމަ، އެފިދަ ހާލަތެއް އ ތްކަމަށް ބަލައި، ހައްޔަރު އަމުރެއް ދޫކުރާނީ، ފުލުހުންގެ ފަރާތުން ހުށަހެޅި ކަންކަމަށް ބަލާއިރު، މުއްތަހަމު ކުށްކުރިކަމަށަ ތުހުމަތުކުރެވޭ ކޮންމެސް މިންވަރެއްގެ ހެއްކެއް ނުވަތަ ކުށްކުރިކެމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކިހުރުމުންކަމަށް ދެކެމެވ. އަދި ހައްޔަރަށްފަހު، އޭރުހުރި ހެއްކާއެކު ނުވަތަ އިތުރު ހެއްކާއެކު ބަންދާމް ދެ ގޮތެއި ނިންމުމަށް މީހަކު ހާޒު ރުކުރުމުން، ބުނެވިދިޔަ ހެކީގެ ދެމިންގަނޑަށް ރިޢާޔަތްކޮށް، އެޙާލަތުގައި ވުޖޫދވެފައިވަނީ ހެކީގެ ކޮންމިންގަނޑެއްކަން ކަނޑައަޅަންވާނެއެވ. އެއަށްފަހު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ އަލީގައި، ޝަރީޢަތްކުރުމާބެހެ ޖިނާއީ އިޖުރާއަތު ގަވާއިދުގެ 13 ވަނަ މާއްދާގެ އަކުރުތަކުގައިވާ ޙާލަތުތައް ފުރިހަމަވާކަން ނުވަތަ ނޫންކަމާއި، އޭގެމިންވަރަށް ރިޢާޔަތްކޮށް އިޖުމާލީ ގޮތެއްގައި ބަޔާންކުރުމާއެކު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން އެމީހަކު ބަންދުގައި ބަހައްޓަންޖެހޭ މުއްދަތު ކަނޑައަޅާނީއެވެ.މި މައްސަލައިގައިގެ ޙާލަތުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނގު 60 ވަނަ މާއްދާގެ )ރ(ގައިވާ ޙާލަތުއޮތްކަމަށް ނުބެލެވެއެވެ.
34އެހެނީ، ބަންދާމެދު ގޮތެއް ނިންމުމަށް އެދުނު ފަރާތުގެ ކިބައި ނ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީއާއި، އަދި ހެއްކަށް ނުފޫޒު ފޯރުވާފާނެކަމަށް ބެލެވޭތީ، އޭނާ ހައްޔަރުކުރުމަށް ކޯޓުން ކުރިން އަންގާފައިވާތީއެވެ. މި ހާލަތުގައި، އޭނާ ބަންދުގައި ބަހައްޓާ މުއްދަތު ކަނޑައެޅުމުގައި އެންމެ ބޮޑު ދައުރެއް އަދާކި ރާނެ އެއްޗަކީ، ބެންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާއިރު، ލިބިފައިވާ ހެކީގެ މިންވަރު ކަމުގައި ދެކެމެވ.އެގޮތުން، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެވަގުތު ނެތްނަމަ، އެމީހަކު 15 )ފަނަރަ( ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ބަންދު ކުރެވިދާނެކަން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ބ( އަށް ބެލުމުން އެނގެއެވެ.އަދި ހަމައެފަދައި ން، އެކަށީގެންވާ ހެކި ހުރެއްޖެނަމަ، ޝަރީޢަތް ނިމެންދެން ބަންދުކުރެވިދާނެކަން، ޖިނާއީ އިޖުރާއަތުގެ ޤާނޫނގ 60 ވަނަ މާއްދާގެ )ށ( އަށް ބެލުމުން އެނގެއެވެ.
35ދަށުކޯޓުގެ އަމުރާމެދު ގޮތެއް ނިންމުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކޮށްލުމަށް ނިންމާފައިވާއިރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވ، ހެއްކަށް ނުފޫޒު ފޯރުވުމާއި، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުމުގެ އިހްތިމާލު ނެތްކަމަށް ކޯޓުން ކަނޑައަޅާފައިވަނީ، އެކަމުގައި ތަފްސީލުތަކެއް ބަޔާންކޮށްދީ، އެނަތީޖާއަށް ވާސިލުވިގޮތް އެނގޭނެ މަގަކުން ނޫނެވެ.
36ފަނޑިޔާރަކު ނިންމާ ނިންމެ މ އްގެނަތީޖާއަށް ވާސިލުވި ގޮތް، ނުވަތަ ސަބަބުތައް ޖުމްލަގޮތެއްގައި ނަމަވެސް ބަޔާންކުރުމަކީ، ނުހަނު ބޭނުންތެރިކަމެކެވު.ފަނޑިޔާރަށް އާދެވުނު ނަތީޖާއަކީ، ރަނގަޅަނަތީޖާއެއްކަމުގައި މަތީ މަރުޙަލާގެ ކޯޓުތަކަށް ކަނޑައެޅެން އޮންނާނީވެސް އޭރުންނެވ. އަދި ހަމައެފަދައިން، ފަނޑިޔާރު ނިންމާފައިވާ ނިންމުމެއް ނުވަތަ އަމުރެއް އިސްތިއުނާފު ކުރަން ބޭނުންވާ ފަރާތަކަށް އެ އަމުރު ނުވަތަ ނިންމުމާ ގުޅިގެން އެންމެ ރަނގަޅު އިސްތިއުނާފެއް ބިނާ ކުރެވޭނީވެސް، ފަނޑިޔާރު އެ ނަތީޖާއަށް ވާސިލުވި ސަބަބުތައް ސާފެވގެންނެވ. އެހެންނޫންނަމަ، ނަތީޖާ ގޯސްކަމުގެ މައްޗަށް ކުރާނެ ބަހުސެއްވެސ ނޯންނާނެއެވެ. މި މައްސަލާގައި ދިމާވެފައިމިވަނީ، އެފަދަ ހާލަތެކެވެ.
37ފަނޑިޔާރު ވާސިލުވި ނަތީޖާއަކީ، ރަނގަޅު ނުވަތަ ނުރަނގަޅު ސަބަބުތަކެއްގެ މައްޗަށް ވާސިލުވި ނަތީޖާއެއް ކަމުގައިވެސް، ބަހުސް ކުރެވޭނެ ޖާގައެއް ނެތެވެ. ބަހުސް ކުރާނަމަ، އެފަރާތެއްގެ އަމިއްލަ ވިސްނުމުން، ފަނޑިޔާރުގެ ނިންމުމަށް އައިސްފައިވާކަމަށް ބެލެވޭ ސަބަބުތަކެއް ބަޔާންކޮށްދެވިދާނެއެވ. އެހެންނަމަވެސް، ފަނޑިޔާރުގެ ވިސްނުމަކީ، ނުވަތަ ފަނޑިޔާރު ނިންމި ނިންމުމަށް ވާސިލުވި ސަބަބުތަކަކީ، ޚަސްމުންގެ އަމިއްލ ވިސްނުމަށް ބަޔާންކޮށްދޭ ސަބަބުތައް ކަމުގައި ނުވެދާނެއެވެ.
38ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤަކީ، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ . އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު ޤާނޫނުއަސާސީގައި ބުނާ މިންވަރަށް ކަށަވަރުކުރެވިގެންދާގޮތް ދިވެހިރާއްޖޭގެ ސުޕްރީމްކޓުގ، އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން މުނާޒްޤަޟިއްޔާގައ ފާހަގަކޮށްފައިވެއެވެ.
39އެގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލޙަސަނީޤަޟިއްޔާ ގައި، ފަނޑިޔާރަކު ނިންމާ ނިންމުމަކާ ގުޅިގެން،އެ ނިންމުމެއް ރައްދުވާ ފަރާތްތަކަށް އިސްތިއުނާފުކުރުމުގެ ޙައްޤު ކަށަވަރުކުރެވޭނު،އެ ނިންމުމެއް ނިންމި ސަބަބު ބަޔާންކުރެވިގެންކަމަށާއި އަދި ފަނޑިޔާރުން ނިންމާކޮންމެ ނިންމް މަކަށް ފަނޑިޔާރުވާސިލްވި ސަބަބުތައް ޚަސްމުންނަށް އޮޅުން ފިލާނެހެން ތިލަބަހުނ ބަޔާންކުރާ މާންކަމިށއީ،އެއް ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ އިންކަށަވަރުކޮށްދޭ އިސްތިއުނާފު ކުރުމުގެ ޙައްޤު ކަށަވަރުކުރުމާއި، 42 ވަނަ މާއްދާ އިން ކަށަވަރުކޮށްދޭ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤު ކަށަވަރުކުރުންކަމަށް ބަޔާންކޮށްފައިވެއެވ. 15 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/5 ޤަޟިއްޔާ
40މީގެ އިތުރުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން މުނާޒް ޤަޟިއްޔާގައި، ބަންދާމެދު ގޮތެއް ނިންމުމުގެ ކޯޓު އަމުރުތައް ނެރުމުގައި ފަނޑިޔާރގުނިންމުން ބިނާކުރާ ސަބަބު ބަޔާންކުރަންޖެހޭ ސަބަބިތަކގެ ގޮތުގައި؛
1. އެ ނިންމުންބި ނާކުރ ސަބަބުޚަޞްމުން ނަށ އެނގުމުގެ ޙައްޤު ލިބިގެންވުން، އާއި،
2. ސުބަބަ ބަޔާންކުރުމުން ޤާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަ ވެފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކުރެވން، އާއި،
3. ދަށު ކޯޓުން އެ ނިންމުން ނިންމި ސަބަބު އިސްތިއުނާފު ކުރެވޭހިނދު ފެންނަންއޮންނަންޖެހުން ހިމެނެއެވެ.
41ޕްރިސިޑެންސް 6ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ، ޕްރޮސިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ޤަޟިއްޔާގެ 15 ވަނަ ނުކުތާއަށް ބަލާއިރު، ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްގެން، އެމައްސަލައެއްގެ ވަށައިގެންވާ ހާލަތުތަކާއި ކަންކަމަށް ރިޢާޔަތްކޮށްގެން ދަށު ކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކޮށް ގޮތެއް ކަނޑައަޅަންޖެހޭފަދ ކަންކަމުގައި، ދަށު ކޯޓުގެ ފަނޑިޔާރު އެ އިޚްތިޔާރު ބޭނުންކުރި ގޮތުގެ މައްޗަށް ވަންނަންޖެހޭ ހާލަތްތައް ބަޔާންކޮށްދީފައިވާއިރު، އެ ނުކުތާގެ )ނ( ގައިވަ ފަދައިން، ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރި ގޮތް ނިންމުމުގައި މައިގަނޑު ވާޤިއާއަކަށް ނުވަތަ ކަމަކަށް ރިޢާޔަތްކޮށްފައި ނެތުން ހިމެނޭހިނދު، އެ ހާލެތު، މ މައްސަލާގައި ފުރިހަމަވާކަމުގައި ދެކެމެވ.
42އެގޮތުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމައިދިނުމަށް އެދި ހުށަހަޅާފައިވާ ފޯމުގައި ބަޔާންކޮށްފައިވާ ހެކިތަކަށް ރިޢާޔަތްކޮށް، އެހެކިތަކުން ފަނޑިޔާރަށް ދެނެގަނެވުނު ނަތީޖާއަށް ވާސިލުވިގްތ ނުވަތަ ސަބަބުތައް ޖުމްލަގޮތެއްގައި ނަމަވެސް ބަޔާންކޮށްދީފައި ނުވާތީ، ހުށަހެޅިފައިވާ ކަންކަމަށް 17 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/5 ޤަޟިއްޔާ ރިޢާޔަތްކޮށްފައިވާކަން އެނގެންނެތެވެ. އެހެންކަމުން، މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ، ޕްރޮސިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ޤަޟިއްޔާގައި ކަނޑައަޅާފައިވާ، "ދަށު ކޯޓުގެ ފަނޑިޔާރު އެ އިޚްތިޔާރު ބޭނުންކުރި ގޮތްގެ މައްޗަށް ވަންނަންޖެހޭ ހާލަތއ" ކަމުގައި ދެކެމެވެ.
43ބަޔާނު ވެދިޔް ނުކުތާތަކަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުގެ މިއްޗަށް ތުހުމަތުކުރެވުނު މައްސަލައިގައި، ތުހުމަތުކުރެވޭ މިންވަރުގެ ހެކެ ހުރިކަމަ ށ ދަށުކޯޓުގެ ފަނޑިޔާރު ކަނޑައަޅާފައިވާއިރު، އ ހެކިތަކަށާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދގ 13 ވަނަ މާއްދާގެ )ހ( އާއި )ނ( އަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކޮށްލައިފިނަމަ، އިސްތިއުނާފު ރައްދުވްފަރާތުގެ ކިބައިން،މުޖ ތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވޭ ސަބަބުތަކެއް ހުރިކަމަށާއި، އަދި އިސްތިއުނާފު ރައްދުވާ ފަރާތުން، މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށ ބެލުމުގެ އިޙްތިމާލު އޮތްކަމުގައި ބުރަވެވެއެވެ . ނިންމަން ފެންނަގޮތް:
44އްސްވެ ބަޔާންކުރެވުނު ކަންކަން އެފަދައިން ހުރުމުނި، އިސްތިއުނާފު ކުރާ ފަރާތް ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލުމަށް ކޮންފައިވާ، މި މައްސަލާގައި އިސްތިއުނާފު ކުރެވުނު، ދަށު ކޯޓުގެ ނަންބަރ: Q2C/MA/2024/01 ކޯޓު އަމުރު ބާޠިލުކުރަންޖެހޭކަމަށް ފެނެއެވެ.
45ހަމައެހެންމެ، މި ޤަޟިއްޔާގައި ފާހަގަކޮށްފައިވްކަންކަމަށް ރޢާޔަތްކޮށި އަޙްމަދު ޔާމީން ބަންދުގައި ބެހެއްޓުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެދޭނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އަޙްމަދު ޔާމީން ބަންދުކުރުމަށް އެދި ކަމާބެހޭ ކޯޓަކަށް މިއަދުން ފެށިގެން 07 )ހަތެއް( ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، އެ ހުށަހެޅުމަކާމެދު 07 )ހަތެއް( ދުވަހުގެ ތެރޭގައި ގޮތެއް ކަނޑައަޅަންވާނެކަން އަންގައި މައްސަލަ ނިންމަންފެނެއެވެ.
46މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދެ ﷲގެ ރައުޔަށް ތާއިދުކުރަމެވެ.
47މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދެﷲގެ ރައުޔަށް ތާއިދުކުރަމެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ އަދި 56 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ)، (ރ)، (ބ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 40 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ހ) އަދި (ނ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)
- ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/29 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިރުފާން ތަޤިއްޔު)
- ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ)
- ހައިކޯޓުގެ ނަންބަރު 2023/HC-B12/5 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން މުނާޒް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 (އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް) (އިސްތިއުނާފުކުރާ ފަރާތުން)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޙުސައިން ސާމީ، އަޙްމަދު ނައުޝާދު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު ޝަހުނީމް
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޙުސައިން ޝަހީދު، ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް