ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/25
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ އިބްރާހީމް ސަރްދީގެ، 2025/HC-B12/25
Prosecutor General v. Ali Ibrahim Sardheege 2025/HC-B12/25 (2025/HC-B12/25, High Court of the Maldives, 25 June 2025)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ އިބްރާހީމް ސަރްދީގެ
މައްސަލައިގެ ޚުލާޞާ
ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނުފެންނާތީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ރ) ގެ (2) ގެ ދަށުން ޝަރުޠުތަކާއެކު ދޫކުރުމަށް ނިންމިއެވެ.
ޢާންމު މަގުމަތީގައި ސައިކަލެއްގައި ކަތިވަޅިއެއް ހިފައިގެން ބިރުދައްކައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ދެ ފަރާތެއް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ފުލުހުން ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ބ) ގެ ދަށުން 15 ދުވަހަށް ބަންދަށް އެދުނެވެ.
ދައުލަތުން ބުނީ ހެކިތަކާއި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 އަދި 60 ވަނަ މާއްދާތަކަށް ރިޢާޔަތްނުކޮށް، ދޫކުރި ސަބަބު ބަޔާންނުކޮށް އަމުރު ނެރުނީ ކަމަށާއި މުޖުތަމަޢަށް ނުރައްކާ އަދި ހެކިންނަށް ނުފޫޒުފޯރުވުމުގެ އިޙްތިމާލު އޮތް ކަމަށެވެ. ރައްދުވާ ފަރާތްތަކުން ތުހުމަތު ދެކޮޅުހަދައި އަމުރު ދަމަހައްޓަން އެދުނެވެ.
މައިގަނޑު ސުވާލު
ތޫނު ހަތިޔާރު ބޭނުންކޮށްގެން ޢާންމު މަގުމަތީގައި ބިރުދައްކައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފަރާތްތައް ޝަރުޠުތަކާއެކު ބަންދުން ދޫކުރި މެޖިސްޓްރޭޓް ކޯޓުގެ އަމުރުތައް، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި މަތީ ކޯޓުތަކުގެ އުޞޫލުތަކާ ޚިލާފަށް ނެރެފައިވޭތޯ އަދި ދޫކުރި ސަބަބު ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ބަޔާންކުރެވިފައިވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރުތައް ބާޠިލު؛ ފުލުހުން 2 ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ 24 ގަޑިއިރުގެ ތެރޭގައި ބަންދާމެދު ގޮތެއް ކަނޑައަޅަން އެންގި
ޝަހީބް އިބްރާހީމް ޤަޟިއްޔާގެ އުޞޫލުތަކަށް ބަލާއިރު ހައްޔަރާމެދާއި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ޙާލަތު ވަޒަންކުރި ގޮތް އަމުރުން ނޭނގޭތީ، އަދި ހުށަހެޅުނު ހެކިތަކުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތުން ގާތްކަމަށް ފެންނާތީ، ދޫކުރި ނިންމުން ރަނގަޅު ނޫން ކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު އިތުރަށް ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ޖަވާބު ހޯދަންޖެހޭ ދެ ސުވާލަކީ، ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިތޯއާއި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުވެދާނެތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17.1)
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުވާކަން ކަނޑައަޅާ މިންގަނޑަކީ، ބަންދަށް އެދި ހުށަހަޅާ ކަންކަމަށް ބަލާއިރު އެފަދަ ސަބަބެއް ވުޖޫދުވުން ވުޖޫދުނުވުމަށްވުރެ ގާތްކަން ބޮޑުވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17.2)
- ބަންދާމެދު ނިންމާ ކޮންމެ ނިންމުމެއްގައި، ހުށަހެޅުނު ހެކި ވަޒަންކުރުމަށްފަހު ފަނޑިޔާރު ނިންމި ގޮތާއި، 49 ވަނަ މާއްދާގެ ސަބަބެއް އޮތްކަން ނުވަތަ ނޫންކަމާއި، ނިންމުން ބިނާކުރި ޤާނޫނީ ނައްޞު ސާފުކޮށް އެނގެން އޮންނަންވާނެއެވެ؛ އެއީ ތުހުމަތުކުރެވޭ މީހާގެ ޙައްޤުތަކަށް އަސަރުކުރާ، އިސްތިއުނާފުކުރެވޭ ނިންމުމަކަށްވާތީ، އެ ނިންމުން އެކި ގޮތްގޮތަށް މާނަކުރުމުގެ ފުރުޞަތު ނުދިނުމަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17.3، 17.4، 20)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ރ) ގެ (2) އަށް ޙަވާލާދީ ޝަރުޠުތަކާއެކު ދޫކުރުމުން ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަން ޝަރީޢަތުން ބަލައިގަނެފައިވާކަމަށް ދެކެވޭނަމަވެސް، ހައްޔަރާމެދު ގޮތެއް ކަނޑައަޅާފައިވާކަމާއި 49 ވަނަ މާއްދާގެ ޙާލަތެއް ވުޖޫދުވޭތޯ ވަޒަންކުރި ގޮތް އަމުރުން ނޭނގޭނަމަ، އެއީ ސަބަބު ފުރިހަމައަށް ބަޔާންކުރެވިފައިވާ އަމުރެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ޢާންމު މަގުމަތީގައި ކަތިވަޅިއެއް ހިފައިގެން ބިރުދައްކައި އިންޒާރުދިން ކަމަށް މަންޒަރުދުށް ފަރާތްތަކުގެ ބަޔާނާއި ވީޑިއޯ ސްނެޕްޝޮޓް ހުށަހެޅިފައިވާ ޙާލަތުގައި، ބަންދުން ދޫކޮށްފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ޙާލަތު ވުޖޫދުވުން ވުޖޫދުނުވުމަށްވުރެ ގާތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- ފަނޑިޔާރުގެ އިޚްތިޔާރުގެ ދަށުން ނެރޭ އަމުރަކަށް އިސްތިއުނާފީ ކޯޓަކުން ވަދެވޭނީ ސުޕްރީމް ކޯޓުގެ 2022/SC-A/51 ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފުގައިވާ ޙާލަތްތަކުގައެވެ؛ ދައުލަތުން ހުށަހެޅި ކަންކަން ވަޒަންކުރި ގޮތް އަމުރުން ނޭނގޭނަމަ، އެއީ އިޚްތިޔާރު ބޭނުންކުރުމުގައި މައިގަނޑު ވާޤިޢާއަކަށް ރިޢާޔަތްކޮށްފައި ނެތުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
1މިއީ،ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގ ނަންބަރު P2C/MA/2025/18 އަދި އެ ކޯޓުގެ ނަންބަރ P2C/MA/2025/19 ) 31 މޭ 2025( ކޯޓު އަމުރުއިސްތިއުނާފުކުރުމަށ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގް)މީގެފަހުން "އިސްތިއުނާފކުރު ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް" ކަމަށް ބުނެފައި( ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ.
2އެގޮތުން، ހައިކޯޓުގެ ނަންބަރު 2025/HC-B12/25 ޤަޟިއްޔާގައި އިސްތިއުނާފުކޮށްފައިވަނީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ P2C/MA/2025/19 ) 31މޭ 2025( ކޯޓު އަމުރެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ގއ. ނިލަންދޫ، […] ޢަލ އިބްރާހީމް އެވެ.
3ހައިކޯޓުގެ ނަންބަރު 2025/HC-B12/26 ޤަޟިއްޔާގައި އިސްތިއުނާފުކޮށްފައިވަނީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ P2C/MA/2025/18) 31މޭ 2025( ކޯޓު އަމުރެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ގއ. ނިލަންދޫ، ފެހިވިނަ، މުއުމިން ޙަސަން އެވެ.
4މ ރިޕޯޓުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ހިނދަކު، "އިސްތިއުނާފ ރައްދުވާފަރާތްތައް" ކަމަށް ބަޔާންކޮށްފައިއެވަނ ގއ. ނިލަންދޫ، […] ޢަލީ އިބްރާހީމް އަދި ގއ. ނިލަންދޫ، ފެހިވިނަ، މުއުމިން ޙަސަން އަށް މުޚާތަބުކޮށެވެ. މި ރިޕޯޓުގައި، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ޙާލަތު ތަފާތުވާކަމެއް ބަޔާންކޮށްފައިވާނަމަ، އެ ފަރާތެއްގެ ނަމުން މުޚާތަބުކޮށް އެ ކަމެއް ފާހަގަކޮށްފައިވާނެއެވެ.
5މި ޤަޟިއްޔާތަކުގައި އިސްތިއުނާފުކޮށްފައިވަނީ އެއް ހާދިސާއެއްގެ މައްޗަށް ނެރެފައިވާ އަމުރުތަކެއް ކަމަށްވެފައި އެ އަމުރުތައް އިސްތިއުނާފުކޮށްފައިވަނީ ޤާނޫނީ އެއް ނުކުތާއެއްގެ މައްޗަށް ބިނާކޮށް ކަމަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް 6 5 ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި މިފަދަ މައްސަލަތައް ހިންގުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ 'މައްސަލަބަލާ ފަނޑިޔާރު ންގެ މަޖިލިސް އެއްގޮތްކުރުކުމާބެހޭ އުޞޫލު' އަށް ރިޢާޔަތްކޮށް މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންގެ އެއީ ބެންޗަކުން މ 2) ދއް( ޤަޟިއްޔާ އެކުއެކީގައި ކަމަށް ވުމާއެކު "ޝަރީޢަތް ނިމުނުގޮތް" އެއް ރިޕޯޓެއްގެ ގޮތުގައި ލިޔުން ބޭނުންތެރިކަމެއްކަމަށް ފެންނާތީ އެގޮތުގެމަތިން ލިޔެފައިވަނީއެވެ. މައްސަލައިގައި ކަންހިގާފައިވާގޮތް:
62025މޭ 29 ވަނަ ދުވަހުގެ 20:15 ހާއިރު، ޢާންމު ފަރާތްތަކުން ހުށަހޅްއެކި ދުވަސްމަތިން ގއ. ނިލަންދޫ މަގުތަކުގައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އެފެދޭ ގޮތަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން އިސްތިއުނާފެ ރައްދުވު ފަރާތްތައް މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތްތައް ހައްޔަރުކޮށްފައިވެއެވެ. ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާ . ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާގެ 13 ވަނަ ނުކުތާގައި . ފަނޑިޔާރުންގެ ޢާންމުމަޖިލިހުގެ ނަންބަރު: 02/FAM/2021 ) 27 ޖަނަވަރީ 2021 ( ގައި ފާސްކުރައްވާފައިވާ އުޞޫލު . ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު P2C/HA/2025/14 އަދި އެ ކޯޓުގެ ނަންބަރު P2C/HA/2025/15) 30މޭ 2025( ކޯޓު އަމުރު.
7އެއަށްފަހު، ގަވާއިދު ނަންބަރު 2021-SC-REG-01 )ޝެރަ ޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު(ގ 13 ވަނަ މާއްދާގެ )ހ( ގެ )2( ވަނަ ނަންބަރާއި، އެ މާއްދާގެ )ށ( ގެ )2( ވަނަ ނަންބަރާއި، އެ މާއްދާގެ )ނ(ގެ )1)،(2)،(3)،(4( އަދި )5( ވަނަ ނަންބަރާ ޙަވާލާދީޤާނޫނު ނަންބަރ 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު(ގެ 60 ވަން މާއްދާގަ )ބ( ގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތްތައް 15 )ފަނަރަ( ދުވަހަށް ބަންދުކުރުމަށް އެދި ފުލުހުންގެ ފަރާތުން އެ ކޯޓަށް ހުށަހަޅާފައިވެއެވެ.މި ހުށަހެޅުމާގުޅިގެން، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ P2C/MA/2025/18 އަދި އެ ކޯޓުގެ ނަންބަރު P2C/MA/2025/19) 31މޭ 2025( ކޯޓު އަމުރުން ނިންމާފައިވަނީ މި ފަރާތްތައް ޝަރުޠުކުރުމަށްފަހު ދޫކޮށްލުމަށެވެ. އެގޮތުން، އެ އަމުރުތަކުގައި ބަންދުން ދޫކޮށްލުމަށް އަމުރުކުރި ސަބަބު ކަމަށް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނާތީ އާއި ޖިނާއީ އިޖްރާތުގެ 60 ވަނަ މާއްދާގެ )ރ( ގެ )2( ވަނަ ނަންބަރަށް ރިއާޔަތްކޮށް ޝަރުތު ތަކާއެކ ދޫކޮށްލުމަށް" އިސްތިއުނާފީ ނުކުތާ
8ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު P2C/MA/2025/18 އަދި އެ ކޯޓުގެ ނަންބަރ P2C/MA/2025/19 ) 31 މޭ 2025( ކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގިފަރާތުނާހުށަހަޅާފައިވަނީ އަންނަނިވ ނުކުތއެވެ. މީގެފަހުން "ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ކަމަށް ބުނެފައި. މީގެފަހުން "ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ކަމަށް ބުނެފައި. ފުލުހުންގެ ނަންބަރު MF/210610 އަދި ނަންބަރު MF/210611 )31 މޭ 2025( ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ ފޯމު.
8.1. އިސްތިއުނާފުކޮށްފައިވ ކޯޓާ އަމުރުތައް ނެރެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވެނ މާއްދާގަ )ބ( އާއި، އެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 143 ވަން މާއްދާގަ )ރ( ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމް ނިންމުންތަކަށް އެއަށެވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށ ބަޔާންކޮށްފައިވާ އުޞޫލާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފެ ކުރާ ފަރާތުން އދޭގޮތ:
9ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު P2C/MA/2025/18 އަދި އެ ކޯޓުގެ ނަންބަރ P2C/MA/2025/19) 31މޭ 2025( ކޯޓު އަމުރަކީ ބާޠިލު އަމުރުތަކެއް ކަމަށް ކަނޑައަޅައި، އިސްތިއުނާފ ރައްދުވު ފަރާތްތައް ބަންދުން ދޫވެފައި ހުރެއްޖެނަމަ މުޖުތަމު އުގެ ސަލާމަތަށެއ ފަރާތްތަކުގެ ފަރާތުން ނުރައްކާ އޮތް ކަމަށާއި، މި މައްސަލައިގައި ތިބި ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތްކަމަށް ކަނޑައަޅައި، އްފަރާތްތަތަކީ ބަންދުގައި ބަހައްޓަން ޖެހޭ ފަރާތްތަކެއް ކަމަށް ކަނޑައަޅައި، މި މައްސަލައިގައި ޙުކުމްކުރާ ތާރީޚުން ފެށިގެން 7 )ހަތެއް( ދުވަހުގެ މުއްދަތަށް އިސްތިއުނާފު ރައްދުވާ ފަރާތްތައ ބަންދުކުރުމަށް އަމުރުކޮށް، މި މައާސަލައިގާ ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާ އުޞޫލުތަކުގެ އަލީގައ އިސްތިއުނާފި ރައްދުވު ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި، މިމައްސަލައިގ ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކުރާ ތާރީޚުން ފެށިގެން 2 )ދޭއް( ދުވަހުގެ ތެރޭގައި ފުލުހުންގެ ފަރާތުން ހުށަހަޅައިފިނަމަ، ގިނަވެގެން 5 )ފަހެއް( ދުވހަ ގެ ތެރޭގައި އެ ފަރާތްތަކުގެ ބަންދާމެދު އަލުން ގޮތެއް ކަނޑައަޅަންވާނެ ކަމަށް އަންގައި މައްސަލަ ނިންމައި ދިނުމަށް އެދޭކަމަށެވެ.
10އިސްތިއުނާފީނކުތާގު ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
10.1. އިސްތިއުނާފ ރައްދުވު ފަރާތްތައް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށއައެ، އަމުރުގައިވެސް މި ފަރާތްތަކުގެ ފުށުން މުޖުތަމަޢުގެ ސަލާމަތަށް ނުރްއްކަލެއ އޮތް ކަމަށ ކަނޑައަޅާފައިވާކަމަށެވެ.
10.2. މި މައްސަލައިގައި ބަންދުކުރުމަށް އެދި ހުށަހެޅިއިރު، ހާދިސާ ހިނގިއިރު މަންޒަރު ދުށް ފަރާތްތަކުގެ ބަޔާންތައް އަދި ހާދިސާގެ ވީޑިއޯ ސްނެޕްޝޮޓް ހުށަހަޅާފައިވާނެކަމަށެވެ.
10.3. ދައުލަތުން އިސްތިއުނާފުކޮށްފައިވަނީ ދަށުކޯޓުގެ ފަނޑިޔާރުގެ އިޚްތިޔާރުގެ ދަށުން ނިންމާފައިވާ ނިންމުމެއް ނަމަވެސް، މި މައްސަލައިގައި ސުޕްރީމް ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ޙާލަތު މި މައްސަލައިގައި އޮތްކަމަށެވެ. އެގޮތުން، ބަންދުގައި ބަހައްޓައިދިނުމަށް އެދި ފުލުހުން ހުށަހެޅި ސަބަބުތަކާއި ހެކިތަކަށް އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާގައި ބަޔާނީ ކުރާ ކަންކަމަށް ފަނޑިޔާރް ފުރިހަމައަށް ރިޢާޔަތްކުރުމަކާ ނުލައި، އެ މާއްދާތަކާ ޚިލާފަށް އަމުރު ނެރެފައިވާތީ ކަމަށެވެ.
10.4. މްމައްސަލައިގައ ކުށްކުރި ގޮތަށި ބަލާއިރް މިއީ ޢާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ކޮށްފައިވާ ކުށެއްކަމަށެވެ. އަދި މައްސަލައިގެ ހާދިސާ ހިނގާފައިވާ ގޮތަށް ބަލާއިރު، ކުށުގެ ޢަމަލު ހިންގާފައިވާ ގޮތުން މުޖުތަމަޢުގެ ސަލާމަތަށް ފާޅުކަން ބޮޑުގޮތެއްގައި ނުރައްކާ އޮތްކަމަށް ދެކޭކަމަށެވެ. މީގެ އިތުރުން، ކަތިވަޅިއެއް ހިފައިގެން ރަށުތެރޭ މަގުތަކުގައި ސައިކަލު ދުއްވަމުން ދިޔައިރު އިންޒާރުދެމުނ ދިޔަކަން ހެކިންގެ ބަހުން އެނގެން އޮތްއިރު އަދި ހެކިންގެ ގޮތުގައި ތިބީ އާންމު ފަރާތްތަކެއް ކަމުގައިވާތީ އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުން ދޫވެއްޖެނަމަ ހެކިންނަށް ނުފޫޒު ފރވުމުގެ އިހްތިމާލް އޮންނާނެކަމުގައި ދެކޭކަމަށެވެ.
10.5. ސުޕްރީމް ކޯޓުގެ އިބްރާހީމް އިސްމާޢީލް ވ. ލަޠީފާ ޙަސަން ޤަޟިއްޔާ އަދި އެ ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލެޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުން ދޫކޮށްލުމަށް އަމުރުކުރި ސަބަބު އ އަމުރުތަކުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.
10.6. މީގެއިތުރުން، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ހައްޔަރާމެދު ދަށުކޯޓުން ގޮތެއް ކަނޑައަޅާފައިވޭތ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައަޝަރީޢަތުން ސުވާލުކުރުމުން،އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ހައްޔަރު މެދާ ގޮތެއު ކަނޑައެޅުން ކަމަށާއި، ހައްޔަރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތު އެއްގޮތަށް ކަމަށް ކަނޑައަޅާފައިވާ ކަމަށާއި، އެއަށްފަހު ބަންދާމެދު ގޮތެއް ކަނޑައަޅާފައިވާ ކަމަށ ފުލުހުންގެ ފަރާތުން ބުނެފައިވެއެވެ. އަދި،އެކަނ ކޯޓް އަމުރުން ފެންނާން ނެތުމުން އެމައްސަލ ކޯޓގައު ޖެއްސި ކަމަށާއި، އަމަރު އިސްލާހުކުރާނ ކަމަށެ ކޯޓުން ބުނިނަމަވެސް އިސްލާހުކޮށްފައިވ އަމުރެއް އދ ލިބިފައިނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.
11އިސްތިއުނާފ ރައްދުވު ޢަލީ އިބްރާހީމްގެ ފަރާތުން ޖަވާބުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ޢަލީ އިބްރާހީމް އަކީ ދުވަހަކުވެސް މާރާމާރީ ހިންގާފައިވާ ފަރާތެއް ނޫން ކަމަށާއި، މިއީ ބަޔަކު ރާވައިގެން ކުރަ ތުހުމަތާ ތަކެއް ކަމަށެވެ. އޭގެ އިތުރުން ޢަލީ އބްރާހީމ އަކް ދީ ދަރިންގެ ބައްޕަކަމަށާއި، ބަންދުކޮށްފިނަމަ ވަޒީފާ ގެއްލި ކުދިން ބަލާނެ ގޮތެއް ނޯންނާނެކަމަށެވެ.
12އިސްތިއުނާފ ރައްދުވު މުއުމިން ޙަސަންގެ ފަރާތުން ފާހަގަކޮށްފައިވަނީ މުއުމިނ ޙަސަން ކުރިން ގޮތް ގޮތަށް އުޅުނު ނަމަވެސް، މިހާރު އެހެން ނޫޅޭތާ އެތައް ދުވަހެއް ވެއްޖެކަމަށެވެ. މި މައްސަލައިގައި ބަންދުން ދޫކޮށްފައި ހުންނަތާ އެތައް ދުވަހެއް ވީއަރުވެސް، އެއްވެސް މައްސަލައެއް ޖެހިފައިނުވާނެ ކަމަށާއި، މިއީ އެފަރާތުނ ކުރް ކަމެއް ނޫން ކަމަށެވެ. މާރާމާރީ ހިންގި ކަމަށް ދައުލަތުން ބުނާއިރު، އެހެންކަމަށް ވާނަމަ އަނިޔާވި ފަރާތެއްވެސް ހުންނާނެ ކަމްށއި، އެފަދަ ފަރާތެއް ނެތުމުނޭ،މިއީ ހަދައިގެން ދައްކާ ވާހަކައެއްކަން އެނގޭކަމަށެވެ. އިސްތިއުނާފު ރައް ދުވާ ފަރެ ތްތަކން އެދޭގޮތް:
13އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެދިފައިވަނީ، ދަށުކޯޓުގެ އަމުރުތައް ދަމަހައްޓައިދިނުމަށެވެ.
14މި އިސްތިއުނާފުގައި، މި ކޯޓުން ޖަވާބު ދޭންޖެހޭ ސުވާލަކީ، އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ ދައުލަތުން ހަވާލާދޭ ނައްސުތަކާ ޚިލާފަށާތޯ އާއި މި މައްސަލައިގައި އިސްތިއުނާފުރައްދުވ ފަރާތްތައް ބަންދުން ދޫކޮށްލުމަށް އަމުރުކުރި ސަބަބު ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ބަޔާންކުރެވިފައިވޭތޯއެވެ؟
15ދައުލަތުން އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުކުރުމަށް އެދި ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވެނ މާއްދާގަ )ބ( ގެ ދަށުންނެވެ. އެ މާއްދާގައި ބަޔާންވެފައިވަނީ "ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެވަގުތު ނެތްކަމުގައިވިޔަސް، މި މާއްދާގެ) ށ( ގ) 1( ވަނަ ނަންބަރުން ފެށިގެން) 4( ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮވެފައި، އޭނާގެ މައްޗަށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެނަމަ، މި ޤާނޫނުގެ 59 ވަނަ މާއްދާގައިބަޔާންކޮށްފައިވ ކަންކަމަށް ފަނޑިޔާރު ރިޢާޔަތްކޮށް، 15 )ފަނަރަ( ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވިދާނެއެވެ. " މިފަދައިންނެވެ.
16އިސްތިއުނާފުކޮށްފައިވ އަމުރާ ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ރ( ގެ 2 ވަނަ ނަންބަރާ ހަވާލާދީއެވެ. އެ މާއްދާގައި ވަނީ "ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، މި މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރުން ފެށިގެން )4( ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބެއް ނެތްކަމުގައިވީނަމަވެސް، އޭނާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އޭނާ ބަންދުން ދޫކޮށްލުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. ... )2( ކޯޓުން ކަނޑައަޅް ޝަރުޠުތަކަކާއެކު އޭނާ ބަންދުން ދޫކުރުމަށް." މިފަދައިންނެވެ.
17ޕްރިސިޑެންސް 1ޕްރިސިޑެންސް 2ޕްރިސިޑެންސް 3ބެންދާމެދ ގޮތެއު ކަނޑައެޅުމުގެ މައިގަނޑު އުޞޫލުތައް ބަޔާންކޮށްފައިވާސުޕްރީމ ކޯޓުގް ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސިޤަޟިއްޔާގައި ފާހަގަކޮށްލެވޭ ބައެއް މުހިއްމު ނުކުތާތައް ތިރީގައ ބަޔާންކުރަމެވެ. މި ސަބަބުތަކަކީ: (1) އޭނާއާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް އޭނާ މަސައްކަތްކޮށްފާނެ ކަމަށް ބެލެވުން؛ ނުވަތަ (2) އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވުން؛ ނުވަތަ (3) އޭނާ ފިލައިފާނެ ކަމަށް ބެލެވުން؛ ނުވަތަ )4( އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުން .
17.1. ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދު ކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީންކަން ނުވަތަ ނޫންކަން ކަނޑައަޅައި، އެ މީހަކު އިތުރަށް ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމމުގައު މައްސަލި ބަލަ ފަނޑިޔާރާ ޖަވާބު ހޯދަންޖެހޭ ދެ ސުވާލެއްވާކަމާއި،އެއީ، އެ މީހާއާމެދު ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިކަން ނުވަތަ ނޫންކަން، އަދި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދު ވެދާނެކަނ ނުވަތް ނޫންކަން.
17.2. ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުވާކަން ކަނޑައަޅާ މިންގަނޑަކީ ބަންދުކުރުމަށް އެދް ހުށަހަޅި ކަންކަމަށް ބަލާއިރު، އެ މާއްދާގައި ބަޔާންކުރާ ސަބަބެއް ވުޖޫދުވުން، އެފަދަ ސަބަބެއް ވުޖޫދުނުވުމަށްވުރެ ގާތްކަން ބޮޑުކަމުގެ މައްޗަށްކަން.
17.3. ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ މަރުޙަލާގައި ފަނޑިޔާރު ނިންމާ ނިންމުމަކީ އިސްތިއުނާފުކުރުމުގެ ފުރް ސަތު އޮންނަ ނިންމުމެއް ކަމަށާއި، ވުމާއެކު، މިފަދަ ކޮންމެ ނިންމުމެއުގައި، ތުހުމަތުކުރެވޭ މީހާއާ ދެކޮޅަށް ހ ށ ހެޅުނު ހެކި ވަޒަންކުރުމަށްފަހު ފަނޑިޔާރު ނިނމް ގޮތާއި، ޤާނޫނުއަސާސީގެ 49 ވަން މާއްދާގައި ބުނާ ސަބަބެއް އޮތްކަން ނުވަތަ ނޫންކަމާއި، ފަނޑިޔާރު ނިންމާ ނިންމުން ބިނާކުރި ޤާނޫނީ ނައްޞު ސާފުކޮށް އެނގެން އޮންނަންވާނެކަން.
17.4. ފނޑިޔާރަ ނިންމު ނިންމުނާ ސާފުވާންޖެހޭ އެންމެ މުހިންމު ސަބަބަކީ، އެ ނިންމުމަކީ އެކަމުގެ މައްޗަށު ތުހުމަތު ކުރެވޭ މީހާގެ ގިނަގުނަ ޙައްޤުތަކެއް ތަރުތީބުވެގެން އަންނަ ނިންމުމަކަށްވެފައި، އ ނިންމުން އިސްތިއުނާފު ކުރެވޭ ޙާލަތުގައި ފަނޑިޔާރގ ނިންމުން އެކި ގޮތްގޮތަށް މާނަކުރުމުގެ ފުރުސަތު ނުދިނުމަށްކަން.
18މީމައްސަލަތަކުގައި، އިސްތިއުނާފު ރައްދުވާ ފަރާތްތޫއް ބަންދުގައި ބެހެއްޓުމަށް އެދިފައިވަނަގއ. ނިލަންދޫ މަގުތަކުގައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އެފެދޭ ގޮތަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން އިސްތިއުނާފ ރައްދުވާ ފަރާތްތައް މާރާމާރީ ހިންގާފައިވާ ކަމަށ ބެލެވެމައްސަލޭއިގައެވެ. ތުހުމަތުކުރެވޭ ކުށްތަކުގެ ތެރިގައި، ބިރުދެއްކުމާއި އިންޒާރުދިނުމާއި ތޫނު އެއްޗެއް ޢާންމު ތަނެއްގައި ގެންގުޅުމާއި،މާރާމާރީ ހިންގަންއުޅުމާއ ބައިވެރިވުމާއި އެހީތެރިވެދިނުން ހިމެނެއެވެ.
19ބަންދާމެދު ގޮތް ނިންމަމުން ދަށުކޯޓުންފާހަގަކޮށެވަނީ "ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނާތީ އާއި ޖިނާއީ އިޖްރާއަތުގެ 60 ވަނަ މާއްދާގެ )ރ( ގެ )2( ވަނަ ނަންބަރަށް ރިއާޔަތްކޮށް ޝަރުތު ތަކާއި އެކު ދޫކޮށްލުމަށް" މިފަދައިންނެވެ.
20ޕްރިސިޑެންސް 4ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސިޤަޟިއްޔާގ އިސްވެ ބުނެވުނު އުސޫލުތަކަށް ނަޒަރުކުރާއިރު، ދަށުކޯޓުގެ މާނިންމުމުން، ހައްޔަރު މެދާ ގޮތެއު ކަނޑައްޅަފައިވާކަނ އެނގެން ނެތްއިރު، ތުހުމަތުކުރެވޭ ވަރަށް ހެކި ހުރިކަން ނުވަތަ ނެތް ކަމާމެދު ފަނޑިޔާރު ދެކޭ ގޮތް ސާފުކޮށް އެނގެންނެތް ނަމަވެސެ ޖިނާއީ އިޖރާއަތުގ ޤާނޫނުގެ 60 ވަނަ މާއްދާގެ )ރ( ގެ )2( ވަނަ ނަންބަރަށް ޙަވާލާދީފައިވުމުންކުށްކުރިކަމަށިތުހް މަތުކުރެވޭ މިންވަރަށް ހެކި ހުރކަމަށ ޝަރީޢަތުން ބަލައިގަނެފައިވާކަމުގައި ދެކެމެވެ.އަދި ދަށުކޯޓުގެ މި ނިންމުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުވާކަން ވަޒަންކޮށްފައިވަނީ ކިހިނެއްކަމެއް އެނގެން ނެތެވެ. ފުލުހުންގެ ނަންބަރު MF/210610 އަދި ނަންބަރު MF/210611 )31 މޭ 2025( ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ ފޯމުތަކުގައި ބަންދުކޮށްފައިވަނީ ކޮން ކުށަކާއި ގުޅި ގެންކަނ ބަޔާންކޮށް ހިމެނިފައިވާ ބައެއް ކުށްތައް.
21އިސްތިއުނާފު ރައްދުވު ފަރާތްތައް ބަންދުކުރުމަށް އެދި ފުލުހުންގެ ފަރާތުން ހުށަހެޅި ފޯމތަކގައި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާއާ ހަވާލާދީ ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބުކަމަށް ބުނެ،ގއ. ނިލަންދޫ މަގުތައް މަތީގައި ސައިކަލެއްގައި ތޫނު ހަތިޔާރު )ކަތިވަޅި( ހިފައިގެން އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އަޑުގަދަކޮށް ޖެހޭ މީހެއް ކޮށާލައި މަރާލާނ ކަމަށް ބުން ރަށުތެރޭގައި އިންޒާރު ދެމުން ގޮސްފައިވާކަމާއި، މަންޒަރު ދުށް ފަރާތަކުން ނަގާފައިވާ ވީޑިއޯއެއް ފުލުހުންނަށ ލިބިފައިވާކަން ފާހަގަކޮށްފައިވެއެވެ. ބުނެވުނު ވީޑިއޯގެ ސްނެޕްޝޮޓް ހުށަހަޅާފައިވެއެވެ. މަންޒަރު ދުށް ފަރާތްތަކުގެ ބަޔާންތައް ހުށަހަޅާފައިވެއެވެ. މި ފަރާތްތަތަކަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮންނަ ފަރާތްތަކެއްކަން ބަޔާންކޮށް ހައްޔަރު ރެކޯޑު ހުށަހަޅާ މިފަދަ ޢަމަލެއް ތަކުރާރުވެ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަޔާންކޮށްފައިވެއެވެ.
22ޕްރިސިޑެންސް 5ދައުލަތުގެ މި ހ ށަހެޅުންތަކާ، ހެކި ޤަރީނާތަކަށް މަތި މަތިން ނަޒަރުކުރާއިރު،ޢާންމުން ހިނގާ ބިނގާވެ އުޅޭ މަގުމަތީގައި، ޢަލީ އިބްރާހީމް ދުއްވަން އިން ސައިކަލް ފަހަތުގައި މޫމިން ޙަސަން ކަތިވަޅިއެއް ހިފައިގެން، "ޖެހޭ ކޮންމެ މީހަކު ކޮށާލާނަމޭ" "ސަންދޯކު ރެޑީކޮށްފަ ބަހައްޓާށޭ" ގޮވަމުންދިޔަކަމަށ ބަޔާންކުރާ ހެކިވެރިންގެ ބަޔާންތއަ ހުށަހެޅިފައިވެއެވެ.ކަތިވަޅިއެއް ކަމށަ ސިފަކުރެވިދާނެއާލަތާއެކު ސައިކަލެއްގެ މަތީގައި ތިބިކަމަށް ބެލެވިދާނެ މަންޒަރުދައްކުވައިދޭ ސްނެޕްޝޮޓްތައް ހުށަހެޅިފައިވާކަން ފާހަގަކުރެވެއެވެ. ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގައިވާ ކަންކަމަށް ޢާންމު އުސޫލުން ރިއާޔަތްކުރާއިރު، މިހާލަތުގައި، އިސްތިއުނާފުރައްދުވާ ފަރާތްތައް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވުމުގެ ޙާލަތު ވުޖޫދުވުން އެފަދަ ޙާލަތެއް ވުޖޫދުނުވުމަށްވުރެ ގާތްކަމަށް ބުރަވެވެއެވެ. ފުލުހުންގެ ނަންބަރު MF/210610 އަދި ނަންބަރު MF/210611 )31 މޭ 2025( ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ ފޯމު.
23ޕްރިސިޑެންސް 6އިސްތިއުނާފުކޮށްފައިވާ އަމުރުތަކަކީ، ދަށުކޯޓުގެ ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރުގެ ތެރެއިން ނެރެފައިވާ އަމުރުތަކެއް ކަމަށްވާއިރު،ފ ނޑިޔާރަކަށ ލިބިގެންވާ އިޚްތިޔާރެއްގެ މައްޗަށް އިސްތިއުނާފީ ކޯޓަކުންވަދެވޭނެ ޙާލަތްތައް ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލގް އޮފީސް ވ . އޚމ ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވއެވެ. އެފަދްޙާލަތެއް މި މައްސަލައިގާ އޮތްތޯ ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތްތައުބަންދުކުރުމަށް އެދްދައުލަތްނ ހުށަހެޅް ކަންކަން ވަޒަންކުރިގޮތްއަމުރުތަކުނ އެނގެން ނެތުމުން، މިއީ، ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރި ގޮތް ނިންމުމުގައި މައިގަނޑު ވާގިއާއަކަށް ނުވަތަ ކަމަކަށް ރިޢާޔަތްކޮށްފައި ނެތުން ކަމަށް ބެލެވެއެވެ.
24އެހެންކަމުން، މ މައްސަލައިގައި ހިމެނޭ ކަންތައްތަކަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތްތައްބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ސަބަބުތައް ހުރިކަމަށް ބެލެވްއިރު، ދައުލަތުން ހުށަހެޅި ކަންކަން ވަޒަންކުރިގޮތް އަމުރުތަކުން އެނގެން ނެތުމުންއިސްތިއުނާފު ރައްދުވާ ފަރާތތައު،ބަންދުން ދޫކުރުމަށް ނިންމި ނިންމުން ރަނގަޅުކަމުގައި ނުދެކެމެވެ.
25ބުނެވިދިޔަ ސަބަބުތައް އެހެންހުރުމުން، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު P2C/MA/2025/18 )31މޭ 2025( ކޯޓު އަމުރު އަދި އެ ކޯޓުގެ ނަންބަރ P2C/MA/2025/19 )31މޭ 2025( ކޯޓު އަމުރު ބާޠިލުކުރުމަށް ކަނޑައަޅައި،މ ޤަޟިއްޔާގައި ފާހަގަކްށފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ފުލުހުނގްފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތްތައުބަންދުކުރުމަށ އެދް ކަމާބެހޭ ކޯޓަކަށް މިއަދުން ) 25 ޖޫން 2025( ފެށިގނެ 02 )ދޭއް( ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، އެ ހުށަހެޅުމަކާމެދު
24 )ސައުވީސް( ގަޑިއިރު ގެ ތެރޭގައި ގޮތެއް ކަނޑައެޅުމަށް އަންގައި މައްސަލަ ނިންމަން ފެނެއެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާ .
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ބ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ރ) ގެ (2)
- ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާ
- ފަނޑިޔާރުންގެ ޢާންމު މަޖިލީހުގެ FAM/2021/02 (27 ޖަނަވަރީ 2021) އުޞޫލު (މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލު)
- ސުޕްރީމް ކޯޓުގެ 2018/SC-A/31 (އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓުގެ 2022/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ)
- ސުޕްރީމް ކޯޓުގެ 2020/SC-A/100 (އިބްރާހީމް އިސްމާޢީލް ވ. ލަޠީފާ ޙަސަން)
- ސުޕްރީމް ކޯޓުގެ 2024/SC-A/19 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް)
- ބެންޗު
- ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް