ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-B12/16
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނަން ސިއްރުކުރެވިފައި، 2024/HC-B12/16
Prosecutor General v. Name withheld 2024/HC-B12/16 (2024/HC-B12/16, High Court of the Maldives, 6 May 2024)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނަން ސިއްރުކުރެވިފައި
މައްސަލައިގެ ޚުލާޞާ
މެޖިސްޓްރޭޓް ކޯޓުން ބަންދު މުރާޖަޢާކޮށް، ބަންދުކުރި ސަބަބުތައް ނެތިގެން ނުދާނެ ގޮތަށް ޝަރުޠުތަކާއެކު ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކުރުމަށް އަމުރުކުރިއެވެ.
ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު އެ ކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގިކަމުގެ ދަޢުވާއާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް، ބަލި ޙާލަތާއި ޢުމުރު ފާހަގަކޮށް ބަންދު މުރާޖަޢާކުރުމަށް އެދުނެވެ.
ދައުލަތުން ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޚާއްޞަ ޤާނޫނުގެ 28، 36 ވަނަ މާއްދާއާ ޚިލާފު، ބަންދުކުރި ޙާލަތު ބަދަލުނުވާ ހާލު ނެރުނު އަމުރެއް ކަމަށެވެ. ތުހުމަތުކުރެވޭ ފަރާތުން ބުނީ ބަންދަކީ އެންމެ ފަހު ކަމެއްކަމަށާއި ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 36 ވަނަ މާއްދާގެ ޙާލަތްތަކުގެ ދަށުން ދޫކުރެވިދާނެ ކަމަށެވެ.
މައިގަނޑު ސުވާލު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ތުހުމަތުކުރެވޭ ފަރާތެއް، ބަންދު މުރާޖަޢާކޮށް ޝަރުޠުތަކާއެކު ބަންދުން ދޫކުރުމަށް މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު، ޤާނޫނީ ސަބަބު ބަޔާންކޮށް ޤާނޫނާ އެއްގޮތަށް ނެރެފައިވާ އަމުރެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު؛ 7 ދުވަހުގެ ތެރޭގައި ބަންދާމެދު ދަށުކޯޓުން އަލުން ގޮތެއް ނިންމަންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކުރި
ދަށުކޯޓުގެ އަމުރުގައި ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 36 ވަނަ މާއްދާގެ (ނ) ގެ ކޮން ޙާލަތަކަށް ބިނާކޮށް ބަންދުން ދޫކުރީކަން ނުވަތަ ނިންމުމަށް ވާޞިލުވި ޤާނޫނީ ހަމަ ބަޔާންކޮށްފައި ނެތް ކަމަށާއި، ބަންދުކުރި ޙާލަތު ބަދަލުނުވާކަން ދަށުކޯޓަށްވެސް ޤަބޫލުކުރެވިފައިވާތީ، އަމުރު ބާޠިލުކުރެވުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 28 ވަނަ މާއްދާއިން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ މިނިވަންކަމުގެ ޙައްޤު ހިފަހައްޓައި، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް އަދި ހެކިންނަށް ނުފޫޒު ފޯރުވާފާނެކަމަށް ބަލައި ތަޙްޤީޤާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރަށް މަގުފަހިކޮށްދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28-30)
- އާންމު އުޞޫލުން ބަންދުގައި ބެހެއްޓޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތެއް ވުޖޫދުގައިވާކަން ދައްކުވައިދޭ އެކަށީގެންވާ ސަބަބެއް އޮވެގެން ނަމަވެސް، މި ޚާއްޞަ ޤާނޫނުގެ ދަށުން ތުހުމަތު އުފުލޭ މީހަކީ ހެކިންނަށް ނުފޫޒު ފޯރުވާނެ އަދި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވާނެ މީހެއްކަމުގައި އިފްތިރާޟްކޮށް ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ޤާނޫނުން މަގުފަހިކޮށްދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30)
- އެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ބަންދު މުރާޖަޢާކޮށް ބަންދު އަމުރު ބާޠިލުކުރެވޭނީ، ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުން މީހެއް ނޫންކަމަށް، ނުވަތަ ބަންދުކުރިއިރު އޮތް ޙާލަތު ބަދަލުވެއްޖެކަމަށް، ނުވަތަ އަމުރު ދެމެހެއްޓުމުގެ ބޭނުމެއް އިތުރަށް ނެތްކަމަށް ކޯޓަށް ފެނިއްޖެނަމައެވެ؛ ބަންދުން ދޫކުރާ އަމުރުގައި މި ޙާލަތްތަކުން ކޮން ޙާލަތަކަށް ބިނާކޮށްކަން ބަޔާންކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32، 39)
- ބަންދުކުރި ޙާލަތު ބަދަލުވެފައިނުވާކަން ދަށުކޯޓަށް ޤަބޫލުކުރެވޭ ޙާލު، ބަންދުން ދޫކުރި ނިންމުމަށް ވާޞިލުވި ޤާނޫނީ ހަމަ ބަޔާންނުކޮށް ނެރޭ އަމުރަކީ ޤާނޫނީ ސަބަބު ބަޔާންކޮށް ނިންމާފައިވާ ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41، 44-45)
- ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރެއްގެ ދަށުން ނިންމާ ނިންމުމެއް ނަމަވެސް، އިންސާފުވެރި ޝަރީޢަތެއް ކަށަވަރުކުރުމަށްޓަކައި އެ އިޚްތިޔާރު ބޭނުންކުރި ގޮތުގެ ސަބަބު ޤާނޫނީ ހަމަތަކާ ގުޅުވައި ބަޔާންކޮށްފައި އޮންނަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 45)
- އިސްތިއުނާފީ މަރުޙަލާއަކީ މައްސަލަ އަލުން ބަލާ މަރުޙަލާއެއް ނޫން ކަމަށްވާތީ، އިސްތިއުނާފީ ކޯޓުން ބަލަންޖެހޭނީ ދަށުކޯޓުގެ އަމުރު އެކަށީގެންވާ އަސާސެއްގެ މައްޗަށް ބިނާކޮށްތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 43)
1މިއީ، ކަކަކަކަކަކަ ކަކަކަކަ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު N11C/MA/2024/1 (20 މާރިޗު 2024) ކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާފަރާތަކީ ކަކަކަކަކަކަ/ ކަކަކަކަކަކަ، ކަކަކަކަކަކަކަކަ ކަކަކަކަ އެވެ.
2މި ރިޕޯޓްގައި"ދައުލަތް" ކަމަށް ބަޔާންކޮށްފައި އެވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ނިސްބަތްކޮށެވެ. އަދި "އިސްތިއުނާފުރައްދުވާ ފަރާތް" ކަމަށް ބަޔާންކޮށްފައި އެވަނީ ކަކަކަކަކަކަކަކަ ކަކަކަކަ އަށް ނިސްބަތްކޮށްވެ. އަދި "ދަށު ކޯޓު " ކަމަށް ބަޔާންކޮށްފައި އެވަނީ ކަކަކަކަކަކަ ކަކަކަކަ މެޖިސްޓްރޭޓް ކޯޓށަ ނިސްބަތްކޮށެވެ.
3ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުން ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ދަށު ކޯޓުގައި 16 ނޮވެންބަރު 2023 ދުވަހު އިސްތިއުނާފުރައްދުވާ ފަރާތުގެ މައްޗަށް ދައުލަތުން އުފުލާފައިވެއެވެ.
4މި މައްސަލައާގުޅިގެން 03 ނޮވެންބަރު 2023 ދުވަހު އިސްތިއުނާފުރައްދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ދަށު ކޯޓުގެ ނަންބަރު N11C/MA/2023/11 ކޯޓު އަމުރުން އަމުރުކޮށްފައިވެއެވެ. އެ އަމުރުގައި ބަންދުގައި ބަހައްޓަންޖެހޭ ހާލަތު އޮތްކަމަށް ދެކޭ ސަބަބުކަމަށް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު މީނާގެ މައްޗަށް ތުހުމަތު ކުރެވިފައި އޮތް ކުށްތަކާއި ގުޅިގެން މީނާގެ ފަރާތުން މުޖްތަމަޢުގައި އުޅޭ ކުޑަކުދިންގެ ސަލާމަތަށް ނުރައްކާވުމުގެ އިޙްތިމާލު އޮތްކަމަށް ފެންނާތީ އާއި މި މައްސަލައިގައި ކަން ހިނގާފައި އޮތްގޮތްކަމަށް ބަޔާންތަކުން އެނގެން ހުރި ގޮތަށް ބަލާއިރު މި މައްސަލައިގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތްކަމަށް ބެލެވެތީ."
5ބުނެވިދިޔަ އަމުރު ނެރެފައިވަނިކޮށް، އިސްތިއުނާފުރައްދުވާ ފަރާތުން އެ އަމުރު މުރާޖައާ ކޮށްދިނުމަށް އެދުނެވެ. އެ އެދުމުގައި އިސްތިއުނާފުރައްދުވާ ފަރާތަކީ ހަކުރުބަލީގެ ވަރަށް ނާޒުކު ހިސާބެއްގައި ހުރި ފަރާތެއްކަމާއި، އޭނާއަކީ އެ ބައްޔަށް އިންސިއުލިންވެސް ޖަހަމުންދާ މީހެއްކަމާއި، ހަކުރު ކޮންޓްރޯލް ނުވެގެން ފެއިންޓްވެފައިވެސް ވާކަމަށާއި، ވަކިގޮތަކަށް އެ ފަރާތުގެ ޑައިޓް ބަހައްޓަން ޑޮކްޓަރު ލަފާދީފައިވާކަމަށާއި، އޭނާގެ ބަލި ހާލަތަށާއި، އުމުރަށް ބަލާއިރު، މިއީ ޖަލުގައި ބެހެއްޓުން ރައްކާތެރި ފަރާތެއް ނޫންކަމަށާއި، މި ބަލީގެ ސަބަބުން ވަގުތުން ވަގުތަށް ފަރުވާ ނުކުރެވިއްޖެނަމަ ފުރާނައަށް ނުރައްކާވެސް ކުރިމަތިވެދާނެ ކަމަށާއި، ކުށުގެ ރެކޯޑަށް ބަލާއރުވެސި އޭނާގެ އެއްވސެ މިފަދަ ރެކޯޑެއް ނެތް ކަމަށާއި، އަދި މި މައްސަލައިގައި އަނިޔާ ލިބުނުކަމަށް ބުނާ ކުއްޖާ މިވަނީ އެހެން ގެއަކަށް މިހާރު ބަދަލު ކޮށްފައި ކަމަށާއި، އަދި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭނަމަ، އެ ޙާލަތު ޝަރުތުތަކެއް ކޮށްގެންވެސް ނައްތާލެވިދާނެ ކަމަށާއި، ހެއްކަށް ނުފޫޒު ފޯރުވާނަމަ، އާއިލާގެ އެހެން މެންބަރުންގެ ފަރާތުންވެސް ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮންނާނެކަމަށް ބުނެފައިވެއެވެ.
6އިސްތިއުނާފުރައްދުވާ ފަރާތުގެ އެ އެދުމާ ގުޅިގެން އޭނާ ބަންދުން ދޫކުރުމަށް ދަށުކޯޓުން އަމުރުކޮށްފައިވެއެވެ. އެފަދައިން އަމުރުކޮށްފައިވަނީ ދަށުކޯޓުގެ ނަންބަރު N11C/MA/2024/1 ކޯޓު އަމުރުންނެވެ.
7މި ކޯޓުގައި އިސްތިއުނާފުކުރެވިފައި ވަނީ ބުނެވިދިޔަ ކޯޓު އަމުރެވެ.
8ދަށު ކޯޓުގެ ނަންބަރު N11C/MA/2024/1 ކޯޓު އަމުރުގައި އިސްތިއުނާފުރައްދުވާ ފަރާތް ބަންދުން ދޫކޮށްލުމަށް އަމުރުކުރި ސަބަބުކަމަށް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ބަންދުގައި ބެހެއްޓުމަށް އަމުރު ކުރި ސަބަބުތައް ނެތިގެން ނުދާނެ ފަދަގޮތަކަށް ޝަރުޠު ތަކެއްކޮށް ބަންދުން ދޫކުރިނަމަވެސް ޝަރުޠާއި ޚިލާފްނުވާހާ ހިނދު މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނުބެލެވޭތީ، އަދި ހެއްކަށްވެސް ނުފޫޒު ފޯރުވުމުގެ އިޙްތިމާލް އޮތްކަމަށް ނުބެލެވޭތީ" އިސްތިއުނާފީ ނުކުތާ
9ދަށު ކޯޓުގެ ނަންބަރު N11C/MA/2024/1 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ނުކުތާއަކީ:
1.9.ދަށު ކޯޓުގެ ނަންބަރު N11C/MA/2024/1 ކޯޓު އަމުރަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި، 26 ވަނަ މާއްދާއާއި، 28 ވަނަ މާއްދާއާއި، 36 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު 01-REG-SC-2021 ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށް ނެރެފައިވާ އަމުރެކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފކުރު ފަރާތުން ފާހަގަކުރި ކަންތައްތަކުގެ ޚުލާސާ
10ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެ ޤާނޫނުގެ ދަށުން ބަންދުކޮށްފައިވާ މީހެއްގެ ބަންދު މުރާޖަޢާކުރެވޭނީ ބަންދުގައި ހުރި މުއްދަތު ދިގެވެއްޖެނަމަ ކަމަށާއި، އަމުރު މުރާޖަޢާކޮށްދިނުމަށް އެދުނުއިރު، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުގައި ހުރީ 5 (ފަހެއް) މަހާއި 2 (ދޭއް) ދުވަހު ކަމަށާއި، އެހެންކަމުން، މި މައްސަލައިގައި މުރާޖަޢާކުރަންޖެހޭ ސަބަބުވެސް އުފަންނުވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
11ތުހުމަތުކުރެވޭމީހާގެ ބަލި ޙާލަތާއި، ޢުމުރަށް ރިޢާޔަތްކޮށް ބަންދުން ދޫކުރުމަކީ ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ދަންނަ ކަމެއް ނޫންކަން އެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) އިން އެނގޭކަމަށާއި، ބަލި ޙާލަތާ ގުޅޭގޮތުން ގޮތެއް ކަނޑައަޅއިރާ ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޝަހީބް އިބްރާހީމް އަދި އަޙްމަދު މޫސާ ޤަޟިއްޔާގައި ބަޔާންކޮށްފައިވާއިރު، އެ ޤަޟިއްޔާތަކުގއަ ކަނޑައަޅާފައިވާ އިޖުރާއަތު ފުރިހަމަކޮށްފައިވޭތޯ ދަށުކޯޓުގެ ފަނޑިޔާރު ބަލާފައިނުވާކަން އިސްތިއުނާފުކޮށްފައިވާ އަމުރުން އެނގޭކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން މުޖުތަމަޢުއަށް އެ މީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު، ބަލި ހާލަތު ހުރި ގޮތުން ނުވަތަ އެނޫންވެސް އެފަދަ ސަބަބަކާހުރެ، ބަންދުން ދޫކުރުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ 2022/HC-B12/42,43 ޖެނެރަލްގެ އޮފީސް ވ. އިރުފާން ތަޤިއްޔު ޤަޟިއްޔާގެ 27 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
12އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރުމަށް ކުރި އަމުރުގައި އޭނާގެ މައްޗަށް ޝަރުޠުތަކެއް ކޮށްފައިވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރި ސަބަބުތައް ނެތިގެން "ނުދާނެ" ފަދަ ގޮތަކަށްކަމަށް އޮތުމުން، އިސްތިއުނާފުރައްދުވާ ފަރާތް ބަންދުގައި ބެހެއްޓުމަށް އަމުރު ކުރި ޙާލަތާއި ސަބަބުތައް އެގޮތުގައި އޮތްކަން އެނގޭކަމަށާއި، މި ބާވަތުގެ މައްސަލަތަކުގައި ޝަރުޠުކޮށް ބަންދުން ދޫކުރުމަކީ އެކަށީގެންނުވާ ކަމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޔުނާން ޤަޟިއްޔާގައި ކަނޑައަޅާފައިވާއިރު، މި މައްސަލައިގައި އިސްތިއުނާފުރައްދުވާ ފަރާތް ޝަރުޠުކޮށް ބަންދުން ދޫކޮށްފައިވަނީ އެ އުޞޫލާ ޚިލާފަށްކަމަށް ވެސް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
13ތުހުމަތުކުރެވޭ މީހާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް ބެލުމުގައި ރިޢާޔަތްކުރާނެ ކަންތައްތައް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތގު ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމަށާއި، މި މައްސަލައަކީ އަދި އިބްތިދާއީ މަރުޙަލާގައި އޮތް މައްސަލައެއްކަމަށްވާއިރު، އެއްވެސް ހެއްކެއްގެ ހެކިބަސް ނަގާފައިނުވާކަމަށާއި، ހެކިންގެ ތެރޭގައި އިސްތިއުނާފރައްދުވާ ފަރާތުގު 13 އަހަރުގެ ކާފަ ދަރި (އަނިޔާ ލިބުނު ކުއްޖާ) އަދި އޭނާގެ ޢާއިލާގެ މީހުން ހިމެނޭ ކަމަށާއި، ހެކިންނަކީ މީނާގެ ބާރު ފޯރުވޭނެ ހެކިން ކަމަށާއި، އިސްތިއުނާފރައްދުވާ ފަރާތުގު މައްޗަށް ކުރާ ދަޢުވާއަށް އޭނާ އިންކާރުކޮށްފައިވާއިރު، ދަޢުވާ ސާބިތުކުރެވޭނެ ހަމައެކަނި ވަސީލަތަކީ ހެކިންގެ ހެކިބަހުން ކަމަށާއި، މިކަންކަންމަށް ރިޢާޔަތަކްރާއިރު، އިސްތިއުނާފުރައްދުވާ ފަރާތް ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު މަތީ ދަރަޖައަކަށް އޮތި ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. [2024] SC 14 2023/HC-B12/83
14އިސްތިއުނާފު ރައްދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރި ޙާލަތު ބަދަލުނުވާކަން ބަންދުން ދޫކުރި އަމުރުން އެނގޭކަމާއި، އިސްތިއުނާފރައްދުވާ ފަރާތު ގެ ބަހުންވެސް އޭނާ ބަންދުގައި ހުރި މުއްދަތުގައި އޭނާއަށު އެކަށީގެންވާ ބޭސްފަރުވާ ލިބެމުންދިޔަކަން އެނގޭކަމަށާއި، އިސްތިއުނާފރައްދުވާ ފަރާތު ބަންދުން ދޫކުރުމަށް އަމުރުކޮށްފައިވަނީ، އޭނާ ބަންދުކުރި ޙާލަތު ބަދަލުވެގެން ނޫންކަމަށާއި، ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުން މީހެއް ނޫންކަމަށް ވެގެންވެސް ނޫންކަމާއި، ބަންދުކުރުމަށް ކުރި އަމުރު ދެމެހެއްޓުމުގެ ބޭނުމެއް އިތުރަށް ނެތްކަމަށް ކޯޓަށް ފެންނަންޖެހޭފަދަ ހަރުދަނާ ސަބަބެއެވެސް ބަޔާންކޮށްފައިނުވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
15މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށާއި، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ކުޑަކުރުމަށްޓަކައި އިސްތިއުނާފުރައްދުވާ ފަރާތް ބަންދުގައި ހުރުމަކީ މި ހިނދަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށާއި، އެއީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ އެއް މަޤޞްދުކަމާއި، މި ބާވަތުގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ބަންދުން މިނިވަންވެފައި ހުރުމުގެ ޙައްޤަކީ އެ ޤާނޫނުގެ 28 ވަނަ މާއްދާއިން ހިފަހައްޓާފައިވާ ޙައްޤެއްކަމަށްވެސް ޕްރޮސިކިއުޝަނުން ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
16އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ؛ "1.ކަކަކަކަކަކަ ކަކަކަކަ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: N11C/MA/2024/1 ކޯޓު އަމުރަކީ ބާޠިލު އަމުރެއްކަމަށް ކަނޑައަޅުއްވައި ދެއްވައި،
2. ކަކަކަކަކަކަކަކަ ކަކަކަކަ އަކީ ބަންދުގައި ހުންނަންޖެހޭ މީހެއްކަމަށް ކަނޑައަޅުއްވައި ދެއްވައި،
3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/29 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިރުފާން ތަޤިއްޔު) ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަދައިން، ކަކަކަކަކަކަކަކަ ކަކަކަކަ ބަންދާމެދު ގޮތެއް ނިންމައިދިނުމަށް ދައުލަތުން އަލުން ކަކަކަކަކަކަ ކަކަކަކަ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން 7 ދުވަހުގެ ތެރޭގައި މީނާގެ ބަންދާ މެދު ގޮތެއް ނިންމަންޖެހޭކަމަށް ކަނޑައަޅުއްވައި، މި މުއްދަތުގެ ތެރޭގައި ކަކަކަކަކަކަކަކަ ކަކަކަކަ ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްދެއްވުމަށް." އިސްތިއުނާފރައްދުވު ފަރާތުން ފާހަގަކުރި ކަންތައްތަކުގެ ޚުލާސާ
17ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ އިބާރާތުން ދޭހަވާ މާނައަކީ، މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތުކުރެވޭނަމަ، އޭނާ ބަންދުކުރުމަކީ، އެންމެ ފަހު ކަމެއްގެ ގޮތުގައި ކުރަން އޮންނަ ކަމެއް ކަމަށާއި، އެ މާއްދާގައިވާ ހާލަތު އޮތުމަކީ އެކަމުގެ މައްޗަށް އެކަނި ބަލައި މީހަކު ބަންދުކުރުން ލާޒިމުވާ ކަމެއް ނޫންކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
18ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަޤްޞަދަށް ބަލާއިރު އެ ޤާނޫނުގެ ދަށުން "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހެއް" ކަމަށް ބެލެވޭނީ އެފަދަ ކުށެއް ސާބިތުވުމުން ކަމަށާއި، ކުށުގެ ތުހުމަތުގައިވާ މީހުން އެ މާނައިގެ ތެރޭގައި ނުހިމެނޭ ކަމަށާއި، ޤާނޫނުގެ މަޤްޞަދު އެކަނި ކިޔައިގެން ނުފުދޭ ކަމަށާއި، ބަންދުގައި ހުންނަ މީހާ ދޫކުރެވޭނެ ޙާލަތާ ވެސު އެ ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަނ ފާހަގަކޮށް ބަންދުން ދޫކުރުން ޤާނޫނު ތަސައްވަރުކުރާކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ. އެގޮތުން، އެ ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކޮށް އެ 3 (ތިނެއް) ޙާލަތުންކުރެ ކޮންމެ ޙާލަތެއްގައިވެސް ބަންދުން ދޫކޮށްލެވިދާނެކަމަށް ބުނެ އެކަން އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
19ބަންދުން ދޫކޮށްލާފައިވަނީ ސިއްހީ ހާލަތަށް ރިޢާޔަތްކޮށްކަމަށް ދައުލަތުން ބުނިނަމަވެސް، ބަންދުން ދޫކޮށްލީ އެ ސަބަބަޓަކައި ނޫންކަމަށާއި، ބަންދުން ދޫކޮށްލީ ޤާނޫނުގައި ބަޔާންކުރާ 3 (ތިނެއް) ޙާލަތަށް ބަލާފައިކަމަށް
20ބަންދުން ދޫކޮށްލާފައިވަނީ ޤާނޫނުގައި ބަޔާންކުރާ 3 (ތިނެއް) ޙާލަތުންކުރެ ކޮން ޙާލަތެއްގައިކަން ދަށު ކޯޓުގެ ނިންމުމުން އެނގެން އޮތްތޯ އާއި އެ ޙާލަތަކީ ކޮބައިތޯ ޝަރީޢަތުން ސުވާލުކުރުމުން، އެކަން އެގޮތަށް ސީދާ ބަޔާންކޮށްފައި ނެތްކަމަށް ބުނެ އިސްތިއުނާފުރައްދުވާ ފަރާތުން ޖަވާބުދީފައިވެއެވެ.
21ބަންދުގައި ހުރިއިރު ބޭސްފަރުވާ ލިބޭކަމަށް ބުނާ ބުނުމާ ގުޅިގެން 25 އޮކްޓބަރޯ 2023 ގެ މެޑިކަލް ރިޕޯޓްގައިވާކަންކަން އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކޮށް ބޭސްވަރުވާ އެންމެ އެކަށޭނަގޮތުގައި ލިބެމުންނުދާކަން ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން، ސިވިލް ކޯޓުން އަމުރެއް ހޯދައިގެން ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިޔުމުގެ އިޖުރާއަތު ހައިކޯޓުގެ ޙުކުމެއްގައި ބަޔާންކޮށްފައިވީނަމަވެސް އެއީ އެކަމަށް އޮތް ޕްރެކްޓިކަލް ހައްލެއް ނޫންކަމަށް ފާހަގަކުރެއެވެ.
22މި މައްސަލައިގައި ބަންދު އަމުރު މުރާޖަޢާކުރަން ޖެހޭ ޙާލަތެއް އުފަން ނުވާކަމަށް ބުނެ ދައުލަތުން ފާހަގަކުރި ނުކުތާއާ ގުޅިގެން އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ، 5 (ފަހެއް) މަހާއި 2 (ދޭއް) ދުވަސް ބަންދުގައި ހޭދަވިއިރު، ބޭއްވުނީ މި މައްސަލައިގެ އެންމެ އަޑުއެހުމެއް ކަމަށާއި، އަދި މި މައްސަލައިގައި އިތުރަށް އަހަރއެ ނުވަތަ ދެއަހަރު ހޭދަވެދާނެ ކަމަށާއި، 5 (ފަހެއް) މަހާއި 2 (ދޭއް) ދުވަހަކީ މީހަކު ބަންދުގައި ހުންނަން ދިގު މުއްދަތެއް ކަމަށާއި، އަދި މިއީ ޤާނޫނުގެ މަޤްޞަދާ ޚިލާފު ކަމެއްކަމަށް
23ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ 13 ވަނަ މާއްދާގެ (ހ) އާ ދަށު ކޯޓުގެ އަމުރު ޚިލާފުކަމަށް ބުނެ ދައުލަތުން ފާހަގަކުރާ ކުރުމާ ގުޅިގެން އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރަނީ އެ ފަރާތް ބަންދުކޮށްފައިވަނީ ޚާއްޞަ ޤާނޫނުގެ ދަށުންކަމަށް ވާތީ، އެ ގަވައިދަށް ޢަމަލުކުރަން ނުޖެހޭނެކަމަށެވެ. ޚާއްޞަ ޤާނޫނުގެ ދަށުން އައްވަލަށް ބަންދުކުރެވެނީވެސް މަތީ މިންގަނޑަކުން ކަމަށާއި އެއީ ހަމައެކަނި އިޙްތިމާލެއްގެ މައްޗަށް ބަންދުކުރެވޭ ބަންދުކުރެވުމެއް ނޫންކަމަށާއި ބަންދުކުރެވެނީ ޕްރޮސިކިއުޓަރ ޖެނެރަލް ސާބިތުކޮށްދޭންޖެހޭކަމަށް ޤާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ސާބިތުކޮށްދިނުމން ކަމަށް ބުނެ އެކަން ފާހަގަކޮށްފައިވެއެވެ.
24އަނިޔާ ލިބުނު ކުއްޖާ މިހާރު ދިރިއުޅެނީ އެހެން ގެއެއްގައި ކަމަށާއި، ހެކިބަސް ދޭންތިބީ ޢާއިލާގެ މީހުންކަމަށް ދައުލަތުން ފާހަގަކުރާއިރު، އެ ފަރާތްތަކުން އިސްތިއުނާފރައްދުވާ ފަރާތު ދެކޮޅަށް ބަޔާންދިންއިރުވެސް އެއީ އިސްތިއުނާފރައްދުވާ ފަރާތުގު ޢާއިލާ މީހުންކަމަށާއި، އިސްތިއުނާފރައްދުވާ ފަރު ތުން އެފަދަ ނުފޫޒެއް އޮތްނަމާ އޭރުވެސް ބަޔާންނުދޭނެކަމަށާއި، އެހެން މީހުން މެދުވެރިކޮށްވެސް އެ ނުފޫޒު ފޯރުވެން އޮންނާނެކަމަށް ބުނެ އެކަން ފާހަގަކޮށް ނުފޫޒު ފޯރުވަފާނެކަމަށް ބަލައި ބަންދުން ދޫނުކުރުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް:
25އިސްތިއުނާފު ރައްދުވާފަރާތުން އެދިފައިވަނީ ދަށު ކޯޓުގެ ނަންބަރު: N11C/MA/2024/1 ކޯޓު އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނެރެފައިވާ އަމުރެއްކަމަށް ކަނޑައޅައިދަ މި އަމުރު ބާޠިލު ކުރަންޖެހޭ ފަދަ ޝަރުއީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ.
26އިސްތިއުނާފުކުރެވިފައިވާ މައްސަލައަކީ، އިސްތިއުނާފުރައްދުވާ ފަރާތް، 10 އޯގަސްޓް 2023 ދުވަހުގެ 01:00 ހާއިރު، އޭނާގެ 13 (ތޭރަ) އަހަރުގެ ކާފަ ދަރިއެއްގެ މޭމަތީގައާއި ކުރިމަތިފަރާތުގައި އަތްލާފައިވާތީއާއި، 2022 ވަނަ އަހަރުގެ ތެރޭގައި މީނާ ކުއްޖާގެ މޭމަތީގައި އަތްލާ ކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގާފައިވާކަމަށަ ތުހުމަތުކުރެވޭ މައްސަލައިގައި ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރު މުރާޖަޢާކުރުމަށްފަހު، ޝަރުޠުކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލަން ކުރި އަމުރު އިސްތިއުނފުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައެކެވެ.
27ދައުލަތުން އެ އަމުރު އިސްތިއުނާފަށް ހުށަހަޅާފައިވަނީ، އެ އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 2 މާއްދާގެ (ހ) އާއި، 26 ވަނަ މާއްދާއާއި، 28 ވަނަ މާއްދާއާއި، 36 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު 01-REG-SC-2021 ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު އަމުރެއްކަމަށް ބުނެކަން އެނގެއެވެ. ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންވމުގު ޙައްޤު ހިފެހެއްޓިގެންވުން
28ޕްރިސިޑެންސް 1ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގު 28 ވަނަ "28. ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހަކު، އެމީހާ ހިމެނޭ މައްސަލައިގެ ހެކި ފޮރުވުމަށް، ނުވަތަ ހެކިބަސްދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެކަމަށްޓަކައި، ނުވަތަ ފިލާފާނެކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި މެނުވީ، ޝަރީޢަތުން ޙުކުމްކުރުމުގެ ކުރިން މީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެކަމަށް، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވީނަމަވެސް، މި ޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި، އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް ބަލައި، ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށް، ފަނޑިޔާރަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ ޙައްޤު އެ މިންވަރަށް މި ޤާނޫނުގެ ބޭނުމަށްޓަކައި ހިފެހެއްޓިގެންވެއެވެ ."
29ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގު 29 ވަނަ " 29ހ) މ( . ޤާނޫނުގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތައް ހިފެހެއްޓިފައިވަނީ، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
(ށ) މި ޤާނޫނުގެ ދަށުން އެ ޙައްޤުތައް އެ މިންވަރަށް ހިފެހެއްޓިގެންވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިންތޯ ކޯޓުން ކަނޑައެޅުމުގައި، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ 6 ނުކުތާއަށްވެސް، މި ޤާނޫނުގެ ދަށުން، އެ އަސާސީ ޙައްޤުތައް އެ މިންވަރަށް ހިފެހެއްޓުމުގައި، ރައްޔިތުންގެ މަޖިލީހުން ރިޢާޔަތްކޮށްފައިވާކަމަށް ކޯޓުން ބަލަންވާނެއެވެ ."
30ޕްރިސިޑެންސް 2މީގެ މާނައަކީ، އާންމު އުސޫލުން މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އެމީހަކު ބަންދުގައި ބެހެއްޓޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ޙާލަތްތަކުން ކުރެ ޙާލަތެއް ވުޖޫދުގައިވާކަން ދައްކުވައިދޭ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުގައިވީނމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން މީހެއްގެ މައްޗަށް ތުހުމަތު އުފުލޭ ހިނދު، އެ މީހަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ޙާލަތްތަކުން ކުރެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވާނެ އަދި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ކުރުވާނެ މީހެއްކަމުގައި އިފްތިރާޟްކޮށް، އެ މީހަކު ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބަހައްޓަން ޤާނޫނުން މަގުފަހިކޮށްދޭކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި ތަޙުޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ދެމެހެއްޓުމަށް ކޮށްފައިވާ އަމުރު މުރާޖަޢާކުރު މާމެދު ބަޔާންކުރާ ބަޔާންކުރުން
31ތަޙުޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ދެމެހެއްޓުމަށް ކޮށްފައިވާ އަމުރު މުރާޖަޢާކުރުމާމެދު ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ބަޔާންކުރުން އޮތީ އެ ޤާނޫނުގެ 36 ވަނަ މާއްދާގައެވެ.
32ޕްރިސިޑެންސް 3ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގު 36 ވަނަ "63. (ހ) ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން، މީހަކު ބަންދުގައި ދެމެހެއްޓުމަށް ކޮށްފައިވާ އަމުރެއްގެ ދަށުން މީހަކު ބަންދުގައި ހުރި މުއްދަތު ދިގުވެއްޖެކަމަށް ކޯޓަށް ފާހަގަކުރެވިއްޖެކަމަށްވާނަމަ، ނުވަތަ އެމީހެއްގެ ބަލަދުވެރިންގެ ފަރާތުން އެފަދަ މައްސަލައެއް ކޯޓަށް ހުށަހަޅައިފިކަމަށްވާނަމަ، ކޯޓުން އެ މައްސަލަ މުރާޖަޢާކުރަންވާނެއެވެ .
(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއް މުރާޖަޢާކުރުމުގައި، އެ މައްސަލައިގައި އެހާތަނަށް ކުރެވިފައިވާ މަސައްކަތާއި އެ މައްސަލައިގައި ހޭދަވެފައިވާ ވަގުތާއި، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާއާމެދު ކަންކަން ކުރެވެމުންދާ ގޮތާބެހޭގޮތުން މަޢުލޫމާތު ސާފުކުރަންވާނެއެވެ. މިކަން ކުރާނީ ފުލުހުންނާއި ކުށުގެ ތުހުމަތުކުރެވިފައިވާ މީހާގެ ހާޒިރުގައި ޝަރުޢީ މަޖިލީހެއްގައެވެ .
(ނ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއް ކޯޓުން މުރާޖަޢާކުރާއިރު، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާއަކީ، ތަޙްޤީޤުގެ މަރުޙަލާގައާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުން މީހެއް ނޫންކަމަށް، ނުވަތަ އޭނާ ބަންދުގައި [2024] SC 15 ގެ 12 ވަނަ ޕެރެގްރާފް ދެމެހެއްޓުމަށް އަމުރުކުރިއިރު އޮތް ޙާލަތު މިހާރު ބަދަލުވެއްޖެކަމަށް، ކޯޓަށް ފެނިއްޖެކަމަށްވާނަމަ، ނުވަތަ އެ އަމުރު އެގޮތަށް ދެމެހެއްޓުމުގެ ބޭނުމެއް އިތުރަށް ނެތްކަމަށް ކޯޓަށް ފެނިއްޖެކަމަށްވާނަމަ، އެ ހިސާބުން އެ އަމުރު ބާޠިލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ."
33ދައުލަތުން ބުނާ ފަދައިން، ހަމަ ޙަޤީޤަތުގައިވެސް އެ އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 2 މާއްދާގެ (ހ) އާއި، 26 ވަނަ މާއްދާއާއި، 28 ވަނަ މާއްދާއާއި، 36 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު 01-REG-SC-2021 ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ
(ހ) އާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު އަމުރެއްތޯ ބެލުމަށްޓަކައި، ފުރަތަމަ ކަމަކަށް އެ އަމުރު ތަޙުލީލުކުރަންޖެހޭކަމަށް އަހުރެން ދެކެމެވެ. އެހެންކަމުން، އަހުރެން އެ އަމުރގު މައްޗަށް ކަޅި ހިންގައިލާނަމވެ. އިސްތިއުނާފުކޮށްފައި ވާ މައްސަލައިގައި ދަށު ކޯޓުގެ ފަނޑިޔާރު ނިންމާފައިވާ ނިންމުން
34މި މައްސަލައިގައި އިސްތިއުނާފރައްދުވު ފަރާތް ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަށް ނެރެފައިވާ ކޯޓު އަމުރު ގެ އިތުރުން "ކޯޓު އަމުރު މުރާޖަޢާކޮށް ގޮތެއް ނިންމުން" މި ސުރުހީގައި، އިސްތިއުނާފު ކޮށްފައިމިވާ ކޯޓު އަމުރު ނަންބަރާއި ހަވާލާދީ ތަފްސީލީ ގޮތެއްގައި ކަންކަން ފާހަގަކޮށްފައިވާ ލިޔުމެއް ދޫކޮށްފައިވެއެވެ. އެ ލިޔުމަށް ބަލާއިރު، "ފާހަގަކުރެވުނު ކަންކަން" މި ސުރުހީގެ ދަށުން ފާހަގަކޮށްފައިވާ ކަންކަމަށް ނަޒަރުހުއްޓައިލުން މުހިއްމު ކަމުގައި ދެކެމެވެ.
35އެގޮތުން، އިސްވެ ބަޔާންކުރެވުނު ނިންމުމުގެ ފުރަތަމަ ނަންބަރުގައި އިސްތިއުނާފރައު ދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ހުރުން މުރާޖަޢާކޮށްދިނުމށް އެދިފައިވާކަމަށް ބަޔާންކޮށްފައިވާކަން އެނގެއެވެ. އަދި ދެވަނަ ނަންބަރުގައި، އޭނާއަކީ، އޭނާގެ ފުށުން، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް އަދި ހެކިބަސް ދޭންތިބި މީހުންނަށް ނުފޫޒު ފޯރުވަފާނެ ކަމަށް ފެންނާތީ ކޯޓު އަމުރެއްގެ ދަށުން، ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއްކަމަށް ބަޔާންކޮށްފައިވާކަން އެނގެއެވެ.
36އެ ނިންމުމުގެ ތިންވަނަ ނަންބަރުގައި، އަމުރު މުރާޖަޢާކޮށްދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދުނު ސަބަބުތައް ބަޔާންކޮށްފައިވާކަން އެނގެއެވެ. އަދި ހަތަރުވަނަ ނަންބަރުގައި، ދައުލަތުން ދީފައިވާ ރައްދު ބަޔާންކޮށްފައިވާކަން އެނގެއެވެ. އެއަށްފަހު، 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ: "5. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސާ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 2009/12) 36 ވަނަ މާއްދާގައި އަމުރު މުރާޖަޢާ ކުރުމާބެހޭ ގޮތުން ބަޔާން ކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، މި މާއްދާގެ ދަށުން ހުށަހެޅޭ މައްސަލައެއް މުރާޖަޢާ ކުރުމުގައި، ތަހުގީގުގެ މަރުހަލާގައި އާއި ޝަރީޢަތުގެ މަރުހަލާ ނިމެންދެން މީހަކު ބަންދު ހުންނަ މުއްދަތު ދިގުވެއްޖެ ކަމަށް ފާހަގަ ކުރެވިގެން ކޯޓުން ނުވަތަ ބަންދުގައި ހުރި މީހާގެ ބަލަދުވެރިންގެ ފަރާތުން ހުށަހެޅުމުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2009/12) 36 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުރާޖަޢާ ކުރެވޭ މައްސަލައެއް މުރާޖަޢާ ކުރުމުގައި އެ މައްސަލައެއްގައި އެހާތަނަށް ކުރެވިފައިވާ މަސައްކަތާއި، މައްސަލާގައި ހޭދަކުރެވިފައިވާ ވަގުތާއި، ބަނދުކުރެވިފައިހުރި މީހާއާމެދު ކަންކަން ކުރެވެމުންދާ ގޮތާ ބެހޭގޮތުން މައުލޫމާތު ސާފު ކުރަންޖެހޭކަން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2009/12) ގެ 36 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަމާއި އަދި މިގޮތަށް މުރާޖަޢާ ކުރާއިރު، ބަންދު ކުރެވިފައިވާ މީހާ ބަންދުގައި ބެހެއްޓުން ބޭނުން ނޫން މީހެއް ކަމަށް ނުވަތަ ބަންދު ކުރުމަށް އަމުރު ކުރިއިރު އޮތް ހާލަތު މިހާރު ބަދަލުވެއްޖެކަމަށް ކޯޓަށް ފެނިއްޖެ ކަމަށްވާނަމަ ނުވަތަ ބަންދު ކުރުމަށް ކުރި އަމުރު ދެމެހެއްޓުމުގެ ބޭނުމެއް އިތުރަށް ނެތްކަމަށް ކޯޓަށް ފެނިއްޖެ ކަމަށްވާނަމަ އެ ހިސާބުން އެ އަމުރު ބަތިލު ކުރުމުގެ ބާރު ކޯޓަށް ދީފައިވާކަން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު(ޤާނޫނު ނަންބަރު 2009/12) ގެ 36 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކން"
37އެ ނިންމުމުގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ؛ "6. މީނާގެ ބަލި ހާލަތަށާއި، އުމުރަށާއި، އަދި މި ހާދިސާގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު، ބަންދުން ދޫކޮށްލާއިރު އެންމެ ފުރަތަމަ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރި ސަބަބުތައް ނެތިގެން ނުދާނެ ފަދަގޮތަކަށް ޝަރުތުތަކެއްކޮށް މީނާ ބަންދުން ދޫކޮށްލެވިދާނެ ކަމަށް ޝަރީޢަތުން ދެކެމެވެ."
38އިސްވެ ބަޔާންކުރެވުނު ނަންބަރުތަކަށް ބެލުމުން، "ކޯޓު އަމުރު މުރާޖަޢާކޮށް ގޮތެއް ނިންމުން" ގެ "ފާހަގަކުރެވުނު ކަންތައްތައް" މި ސުރުހީގެ ދަށުން ބަޔާންކޮށްފައިވާ ކަންކަމަށް ބެލުމުން، 1 ވަނަ ނަންބަރުން ފެށިގެން 5 ވަނަ ނަންބަރަށް ބަޔާންކޮށްފައިވަނީ، އިސްތިއުނާފުރައްދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޮށްފައިވާ އަމުރު މުރާޖައާކުރަން ހުށަހެޅި ކަމާއި މުރާޖަޢާކުރަން ހުށަހެޅި ސަބަބުތަކާއި، ދަޢުލަތުން ރައްދުގައި ދައްކާފައިވާ ވާހަކައާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގައި، އެ ޤާނޫނުގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއްގެ ބަންދު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމާއި އެފަދަ ހުށަހެޅުމަކާމެދު ފަނޑިޔާރު ގޮތް ނިންމުމުގައި ޢަމަލު ކުރަންވީ އިޖުރާއަތުގެ ވާހަކަކަން އެނގެއެވެ.
39އެއަށްފަހު، އެ ނިންމުމުގެ 6 ވަނަ ނަންބަރުގައި، ބަލިހާލަތަށާއި އުމުރަށާއި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް ބަންދުން ދޫކޮށްލާއިރު، އެންމެ ފުރަތަމަ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރި ސަބަބުތައް ނެތިގެން ނުދާނެ ފަދަގޮތަކަށް ޝަރުތުތަކެއްކޮށް މީނާ ބަންދުން ދޫކޮށްލެވިދާނެ ކަމަށް ޝަރީޢަތުން ދެކޭކަމަށް ބަޔާންކޮށްފައިވެއެވެ. މި ނަންބަރުގައިވެސް، އެގޮތަށް ދަށު ކޯޓުގެ ފަނޑިޔާރު ދެކެނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގައި ބުނާ ތިން ހާލަތުންކުރެ ކޮން ހާލަތަކާ ހަވާލާދީކަން ދަށު ކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައިވާތީއެއް ނުފެނެއެވެ.
40"ކޯޓު އަމުރު މުރާޖަޢާކޮށް ގޮތެއް ނިންމުން" ގެ "ނިންމިގޮތް" މި ސުރުހީގެ ދަށުން ފާހަގަކޮށްފައިވަނީ؛ "ދެންފަހެ، ކަކަކަކަކަކަކަކަ ކަކަކަކަ ގެ މައްޗަށް ހުށަހަޅާފައިމިވާ ކުޑަކުއްޖަކުއިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އާ ގުޅިގެން، ބަންދު މުރާޖަޢާކުރުމަށް ބޭއްވުނު މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކާއި، މި އަމުރުގައި ފާހަގަކުރެވުނު ކަންތައްތަކުގައި ބަޔާންކޮށްފައިވާ ސަބަބުތަކަށް ރިޢާޔަތްކުރާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 2009/12) 31، 32 އަށް ރިޢާޔަތްކޮށް 36 ވަނަ މާއްދާގެ ދަށުން ޝަރީޢަ ތުން ކަނޑައަޅާ ޝަރުތުތަކާއި އެއްގޮތަށް ނޫނީ ކަކަކަކަކަކަކަކަ ކަކަކަކަ ބަންދުން ދޫކޮށްލެވިދާނެ ކަމަކަށް ނުފެނެއެވެ."
41ޕްރިސިޑެންސް 4އިސްވެ ބަޔާންވެދިޔަ ޢިބާރާތަށް ބެލުމުން، އިސްތިއުނާފރައްދުވާ ފަރާތު ބަންދުގައި ބެހެއްޓުމުގައި ފާހަގަކުރި ކަންކަމަށް ބަދަލު އައިސްފައިނުވާކަން، ދަށުކޯޓުގެ ފަނޑިޔާރުވެސް ފާހަގަކޮށްފައިވާކަމަށް އަހުރެންނަށް ގަބޫލުކުރެވެއެވެ.
42އަދި އިސްތިއުނާފުރައްދުވާ ފަރާތް ދޫކޮށްލުމަށް ކުރި އަމުރުގައި، ބަންދުން ދޫކޮށްލި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ؛ "ބަންދުގައި ބެހެއްޓުމަށް އަމުރު ކުރި ސަބަބުތައް ނެތިގެން ނުދާނެ ފަދަގޮތަކަށް ޝަރުޠު ތަކެއްކޮށް ބަންދުން ދޫކުރިނަމަވެސް ޝަރުޠާއި ޚިލާފްނުވާހާ ހިނދު މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނުބެލެވޭތީ، އަދި ހެއްކަށްވެސް ނުފޫޒު ފޯރުމުގެ އިޙްތިމާލް އޮތްކަމަށް ނުބެލެވޭތީ"
43ޕްރިސިޑެންސް 6އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކޮށްލުމަށް ކޮށްފައިވާ ޝަރުޠުތަކަކީ:
1.24ކޯޓަށް ހާޟިރުވުމަށް އަންގާ ގަޑިއަށް ހާޟިރުވުން،
2.24 ނަމާދަށް ނުވަތަ ޑޮކްޓަރަށް ދެއްކުމަށް ފިޔަވައި ކޯޓު ނުވަތަ ޝަރީޢަތުގެ ހުއްދައެއް ނެތި ގެއިން (ނުވަތަ ދިރިއުޅޭ ތަނުން) ބޭރަށް ނުނިކުތުން، ކަކަކަކަކަ ކަކަކަކަ މެޖިސްޓްރޭޓް ކޯޓުގެ N11C/MA/2024/1 ކޯޓު އަމުރު
3.24އަނިޔާ ލިބުނު ކުއްޖާ އާއި އަދި ދައުވާ ކުރެވިފައިވާ މައްސަލައިގައި ހެކިބަސް ދޭންތިބި އެއްވެސް ފަރާތަކާ ނުވަތަ ހެކިބަސް ދޭނެކަމަށް ގަބޫލު ކުރެވޭ އެންމެހައި ފަރާތްތަކާއި އެއްވެސް ގޮތަކަށް ނުވަތަ ވަސީލަތަކުން މުއާމަލާތު ނުކުރުމަށާއި ބައްދަލު ނުކުރުން އަދި،
4.24 އެއްވެސް ކުޑަކުއްޖަކާއި އެކު އެކަހެރިކޮށް އެއްވެސް މުޢާމަލާތެއް ނުކުރުމެވެ. 25 ދައުލަތުން ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާއަށް ރިޢާޔަތްކުރުމުގައި މި އިސްތިއުނާފީ ކޯޓުން ބަލަންޖެހޭނީ ދަށު ކޯޓުން އެ އަމުރު ދޫކޮށްފައިވަނީ އެކަށީގެންވާ އަސާސެއްގެ މައްޗަށް ބިނާކޮށްތޯ ނުވަތަ ނޫންތޯއެވެ. ސަބަބަކީ، އިސްތިއުނާފީ މަރުޙަލާއަކީ ދަށު މަރުޙަލާ ގެ ނިންމުން މުރާޖަޢާކުރުމަށް ހުށަހެޅޭ މަރުޙަލާއެއްކަމުގައި ވާތީއެވެ. އަދި އިސްތިއުނާފު މަރުޙަލާއަކީ އަލުން ބަލުން މައްސަލަ ބަލާ މަރުޙަލާއަކަށް ނުވާތީއެވެ. އެހެންކަމުން، ދަށު ކޯޓުގެ އެ އަމުރުގައި ބަޔާންކޮށްފައިވާ އަސާސަކީ ކޮބައިތޯ ބަލައިގެންމެނުވީ އިސްތިއުނާފީ ނުކުތާތަކަށް ގޮތް ކަނޑައެޅޭނެކަމަކަށް އަހުރެން ނުދެކެމެވެ.
44އިސްވެ ބަޔާންކުރެވުނު ކަންތައްތަކަށް ބަލާއިރު، ދަށުކޯޓުގެ ފަނޑިޔާރުގެ ނިންމުން ބިނާވި ޤާނޫނީ އަސާސް ސާފެއް ނޫނެވެ. އިސްތިއުނާފުރައްދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ކުރި އަމުރުގައި، އޭނާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް އޮތް ކަމަށް ދެކޭ ސަބަބުކަމަށް ބަޔާންކޮށްފައިވަނީ، މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު މީނާގެ މައްޗަށް ތުހުމަތު ކުރެވިފައި އޮތް ކުށްތަކާއި ގުޅިގެން މީނާގެ ފަރާތުން މުޖްތަމަޢުގައި އުޅޭ ކުޑަކުދިންގެ ސަލާމަތަށް ނުރައްކާވުމުގެ އިޙްތިމާލު އޮތްކަމަށް ފެންނަ ތީއާއި މާ މައްސަލައިގައި ކަން ހިނގާފައިވާ އޮތްގޮތްކަމަށް ބަޔާންތަކުން އެނގެން ހުރި ގޮތަށް ބަލާއިރު މި މައްސަލައިގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތްކަމަށް ބެލެވޭތީ ކަމަށެވެ. އެހެންނަމަވެސް، ޝަރުޠުތަކަކާއެކު ބަންދުން ދޫކުރުމަށް ކުރި އަމުރުގައި، އިސްވެ ބަޔާންކުރެވުނު ހާލަތު ބަދަލުވެފައިނުވާކަން ދަށު ކޯޓުގެ ނަންބަރު N11C/MA/2023/11 ކޯޓު އަމުރު ދަށުކޯޓުގެ ފަނޑިޔާރަށް ގަބޫލުކުރެވޭކަންވެސް ދޭހަވެއެވެ. ނަމަވެސް، ދަށުކޯޓުގެ ފަނޑިޔާރު ކޮށްފައިވާ ޝަރުޠުތަކާ ޚިލާފުނުވާނަމަ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށް ދަށުކޯޓުގެ ފަނޑިޔާރު ދެކޭކަން އެ އަމުރަށް ބެލުމުން އެނގެއެވެ. އަދި ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލާފައިވާކަންވެސް އެނގެއެވެ. ނަމަވެސް، އެ ނިންމުމަށް ވާސިލުވީ ޤާނޫނީ ކޮން ހަމައަކުންކަން އެ އަމުރުގައި ބަޔާންކޮށްފއަ ނެތްކަން އެ އަމުރަށް ބެލުމުން އެނގެއެވެ.
45ޕްރިސިޑެންސް 5އަހުރެން ކުރިމަތީގައި އޮތް މައްސަލައިގައި، ފަނޑިޔާރު އިޚްތިޔާރުކުރި ގޮތް ބިނާވާ ޤާނޫނީ ހަމައެއް ފެންނަން ނެތަތީ އެ ނިންމުމަކީ އިންސާފުގެ ހަމަތަކުން ޤާނޫނީ ސަބަބު ބަޔާންކޮށް ނިންމާފައި އޮތް ނިންމުމެއްކަމުގައި އަހުރެންނަކަށް ނުބެލެއެވެ. އިޚްތިޔާރެއްގެ ދަށުން ފަނޑިޔާރު ނިންމާ ނިންމުމެއް ނަމަވެސް، އެ އިޚްތިޔާރެއް ފަނޑިޔާރު ބޭނުންކުރި ގޮތް ސަބަބު ބަޔާންކުރުމާއެކު ޤާނޫނީ ހަމަތަކުން ހަމަދެއްކުމާއެކު ސަބަބު ބަޔާންކޮށްދެވިފައި އޮންނަންޖެހޭނެކަމަށް އަހުރެން ދެކެމެވެ. އިންސާފުވެރި ޝަރީޢަތެއް ކަށަވަރުކޮށްދިނުމަށްޓަކައި ފަނޑިޔާރުގެ ނިންމުން ބިނާކުރާ ޤާނޫނީ ސަބަބުތައް ބަޔާންކުރަންޖެހޭނެކަމަށް 9 8 ބަޔާންކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި މި ކޯޓުންވެސް އެތައް ޤަޟިއްޔާތަކެއްގައި އެކަން ބަޔާންކުރެވިފައިވާކަން ފާހަގަކުރަމެވެ. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާ A/93)-(2020/SC ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާ [2021] SC 30 ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާ 2022/HC-B12/48 ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފިސް ވ. ޢިރުފާން ތަޤިއްޔު ޤަޟިއްޔާ 2023/HC-B12/71 ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފިސް ވ. ޙަސަން މުނާޒް ޤަޟިއްޔާ 2023/HC-B12/5 ނިންމަންފެންނަ ގޮތް
46އިސްވެ ބަޔާންކޮށްފައިވާ ކަންކަން އެފަދައިން ހުރުމުން، ދަށުކޯޓުގެ ނަންބަރު N11C/MA/2024/1 ކޯޓު އަމުރު ބާޠިލކުރަންޖެހޭކަމަށް އަހުރެން ދެކެމެވެ.
47މި ޤަޟިއްޔާގައި ހައިކޯޓުން ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި އިސްތިއުނާފުރައްދުވާ ފަރާތަކީ އޭނާގެ މައްޗަށް ދަށުކޯޓުގައި ހިނގަމުންދާ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން، މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ދަށުކޯޓުން ކަނޑައަޅަންދެން، އޭނާ ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކުރަން ފެނެއެވެ.
48މި މައްސަލައިގައި ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއިދުކުރަމެވެ.
49މި މައްސަލައިގައި ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއިދުކުރަމެވެ.
ދެންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ކަކަކަކަކަ ކަކަކަކަ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު N11C/MA/2024/1 ކޯޓު އަމުރު ބާޠިލުކަމަށް ކަނޑައަޅައި، މި ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ކަކަކަކަކަކަކަކަ ކަކަކަކަ އަކީ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން، މިއަދުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކަކަކަކަކަ ކަކަކަކަ މެޖިސްޓްރޭޓް ކޯޓުން unocq8rq@oj;,, ; r! unocq3rq.,1Arw,r ^ur.^os ^u.^os .i;!' i?{: :17'. g, ?1:1;1,;x': 6z0szrr' ltit tLnsrct v f .-Jt t aA. t'ra .11: r,q c n.r fa t. ,-'a./1t/-/' ?/c,rcn a-zla tz.rl /s..re? r I L/Z I fl-a)t li lz0a
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ) އަދި (ނ)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ)، 9 ވަނަ މާއްދާގެ (ހ) އަދި (ށ)، 26، 28، 29، 31، 32 އަދި 36 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 01-REG-SC-2021 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ހ)
- 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- [2021] SC 30 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)
- 2022/HC-B12/48 (ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2023/HC-B12/71 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢިރުފާން ތަޤިއްޔު)
- 2023/HC-B12/5 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން މުނާޒް)
- [2024] SC 15 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ) ގެ 12 ވަނަ ޕެރެގްރާފް
- 2022/HC-B12/42,43 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޝަހީބް އިބްރާހީމް އަދި އަޙްމަދު މޫސާ)
- [2024] SC 14 / 2024/SC-A/29 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިރުފާން ތަޤިއްޔު)
- 2023/HC-B12/83 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޔުނާން)
- ބެންޗު
- ޙަސަން ޝަފީޢު، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް