ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/30
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މޫސާ (އެޑްރެެސް އުނިކޮށްފައި)، 2025/HC-B12/30
Prosecutor General v. Ahmed Moosa (Edrees omitted) 2025/HC-B12/30 (2025/HC-B12/30, High Court of the Maldives, 26 August 2025)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މޫސާ (އެޑްރެެސް އުނިކޮށްފައި)
މައިގަނޑު ސުވާލު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން (ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތުގައި އަތްލުމުގެ ދަޢުވާ) ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ ތުހުމަތުކުރެވޭ ފަރާތެއް، ސިއްޙީ ޙާލަތަށް ރިޢާޔަތްކޮށް ޝަރުޠުތަކާއެކު ބަންދުން ދޫކުރުމަށް ދަށުކޯޓުން ބަންދު މުރާޖަޢާކޮށް ކުރި އަމުރު ޤާނޫނީ އުޞޫލުގެ މަތިންތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު؛ ދައުލަތުން 2 ދުވަހުގެ ތެރޭ ހުށަހަޅައިފިނަމަ 5 ދުވަހުގެ ތެރޭ ބަންދާމެދު އަލުން ގޮތެއް ނިންމުމަށް ދަށުކޯޓަށް އެންގި
ކަނޑައެޅުނު އުޞޫލުތައް
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ކުރެވޭ ބަންދު މުރާޖަޢާކުރެވޭނީ އެ ޤާނޫނުގެ 36 ވަނަ މާއްދާއިންނެވެ. އެ މާއްދާގެ ދަށުން އަމުރު ބާޠިލުކުރެވޭނީ، ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުން މީހެއް ނޫންކަމަށް، ނުވަތަ ބަންދުގައި ދެމެހެއްޓުމަށް އަމުރުކުރިއިރު އޮތް ޙާލަތު ބަދަލުވެއްޖެކަމަށް، ނުވަތަ އަމުރު ދެމެހެއްޓުމުގެ ބޭނުމެއް އިތުރަށް ނެތްކަމަށް ކޯޓަށް ފެނިއްޖެނަމައެވެ.
- މިފަދަ މައްސަލަތަކުގައި (ޝަރުޠުތަކާއެކު ނަމަވެސް) މީހަކު ބަންދުން ދޫކުރެވޭނީ، އެންމެ ކުޑަމިނުން، އެ މީހަކު ބަންދުކުރި ޙާލަތު ބަދަލުވެފައިވާނަމައެވެ. (ސުޕްރީމް ކޯޓު 2024/SC-A/13)
- ބަންދުގައިވާ މީހަކަށް އެކަށީގެންވާ ފެންވަރުގެ ސިއްޙީ ޚިދުމަތް ނުދިނުމަކީ، އޭގެ ޒާތުގައި (per se) ބަންދުން ދޫކުރަންޖެހޭ ޤާނޫނީ ސަބަބެއް ނޫނެވެ. ބަލިޙާލަތާ ގުޅިގެން ބަންދުން ދޫކުރުމާއި ފަރުވާއަށް އެދުމުގެ އިޖުރާއަތު ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައި ކަމުން، ކޯޓަށް ހުށަހެޅުމުގެ ކުރިން އެ އިޖުރާއަތުތައް ފުރިހަމަކުރަން ޖެހެއެވެ. (ހައިކޯޓު 2022/HC-B12/17، 2024/HC-B12/1)
- ބަންދުކޮށްފައިވާ މީހަކަށް ލިބެންޖެހޭ ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަކީ ބަންދުކޮށްފައިވާ އިދާރާއިން ކުރަންޖެހޭ ކަމެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު ފަދަ ޤާނޫނުތަކުން ރައްކާތެރިކަން ލިބިދީފައިވާ ފަރާތްތަކަށް ޚާއްޞަ ފަރުވާއެއް ބޭނުންވާނަމަ، ދައުލަތުގެ ކެރިފޯރުންތެރިކަމުގެ މިންވަރަކުން އެ ފަރުވާ ލިބިދޭން ޖެހެއެވެ.
- ބަންދު މުރާޖަޢާކޮށް ބަންދުން ދޫކުރާ އަމުރެއްގައި، ސިއްޙީ މައްސަލަ ހުރިކަމަށް ޢާއްމުކޮށް ބަޔާންކުރުމަކުން ފުދުނު ކަމެއް ނުވެއެވެ. އެއީ ކޮން ބައްޔަކާ ގުޅިގެންކަމާއި، ފަރުވާދިނުމުގައި ބަންދުކޮށްފައިވާ އިދާރާއިން ކުރި މަސައްކަތާއި، ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ޝަކުވާއެއް ހުށަހަޅާފައިވޭތޯ ބަލައި، ބަންދުކުރި އަމުރުތަކުގައި ބަޔާންކުރި ޙާލަތު ފިލައިދިޔަ ނުވަތަ ބަދަލުވި ގޮތް ބަޔާންކުރަން ޖެހެއެވެ. އެކަން ބަޔާންނުކޮށް ކުރާ އަމުރަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކުރާ އަމުރެއް ނޫނެވެ.
1މިއީ، ××××××××××× މެޖިސްޓްރޭޓް ކޯޓގު )މީގެފަހުން "ދަށުކޯޓު" ކަމަށް ބުނެފައި( ނަންބަރު AM/2025/04/xxx) 17 ޖުލައި 2025( ކޯޓު އަމުރާކ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށަ ނިންމާފައިވްއަމުރެއކަމަށުބުނެ އެ އަމުރެ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން )މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް"( ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ××××××××××××، އަޙްމަދު މޫސާ)މީގެފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "އަޙްމަދ މޫސާ"(އެވެ. މައްސަލައިގައި ކަންހިގާފައިވާގޮތް:
2ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން 14 ޖަނަވަރީ 2025 ގައި އަޙްމަދު މޫސާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވެއެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 12/2009 )ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު(ގެ 31 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެކިފަހަރުމަތިން އަޙްމަދު މޫސާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވެއެވެ. އެންމެފަހުން ދރކ ނަންބަރު xxxxxxA. ނަންބަރު HA/2025/01/xxx ކޯޓު އަމުރު )14 ޖަނަވަރީ 2025.( މީގެފަހުން " ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު " ކަމަށް ބުނެފައި. އެގޮތުން، ނަންބަރު MA/2025/01/xxx) 15 ޖަނަވަރީ 2025( ކޯޓު އަމުރުން 5 ދުވަސް، ނަންބަރު MA/2025/02/xxx )20 ޖަނަވަރީ 2025( އަމުރުން 15 ދުވަސް، އަދި ނަންބަރު MA/2025/03/xxx) 4 ފެބުރުވަރީ 2025( ކޯޓު އަމުރުން 10 ދުވަސް. އަޙްމަދު މޫސާ ބަންދުކުރުމަށް އަމުރުކޮށް މުއްދަތު އިތުރުކޮށްފައިވާ އަމުރުގައިބަންދުގައި ބަހައްޓަންޖެހޭ ހާލަތުކަމަށް ބަޔާންކޮށްފައިވަނީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 31 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި، އަދި އަޙްމަދު މޫސާ ބަންދުން ދޫކޮށްލައިފިނަމަ ހެކިބަސް ދޭން ހުރި ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލް އޮތުމުން ކަމަށެވެ. އަދި އެ ޙާލަތު އޮތްކަމަށް ދެކޭ ސަބަބު ކަމަށް ބަޔާންކޮށްފައިވަނީ، ކުޑަކުދިންނަށެޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 28 ވަނަ މާއްދާ އާއި، 30 ވަނަ މާއްދާއާއި، 31 ވަނަ މާއްދާއާއި، 32 ވަނަ މާއްދާއާއި، 33 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކަމަށެވެ.
3ދައުލަތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވޮނ މާއްދާގަ )ހ( އާ ޙަވާލާދީ، އެ މާއްދާގެ )ނ( ގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ދަޢުވާ އަޙްމަދު މޫސާގެ މައްޗަށް، ދަށުކޯޓުގައި 9 މާރިޗު 2025 ގައި އުފުލާފައިވެއެވެ.
4އެއަށްފަހު، 14 މާރިޗު 2025 ގައި އަޙްމަދު މޫސާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށްދަށކޯޓުނ އަމުރުކޮށްފައިވެއެވެ. އެ އަމުރުގައި ބަންދުގައި ބަހައްޓަން އަމުރުކުރި ހާލަތުކަމަށް ބަޔާންކޮށްފައިވަނީ، އަޙްމަދު މޫސާ ބަންދުން ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވަފާނީކަމަށް ފެންނާތީއާއި، މުޖުތަމަޢުގެ ސަލާމަތާއ ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އަދި އެ ޙާލަތު އޮތްކަމަށް ދެކޭ ސަބަބު ކަމަށް ބަޔާންކޮށްފައިވަނ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 31 ވަނަ މާއްދާއާއި، 35 ވަނަ މާއްދާގެ ދަށުންކަމަށެވެ. މި އަމުރުގެ އިތުރު ނަންބަރު MA/2025/04/xxx ކޯޓު އަމުރު )13 ފެބުރުވަރީ 2025.( ދަށުކޯޓުގެ ނަންބަރ CA/05/2025-xxx ކޯޓު އަމުރު )14 މާރިޗު 2025.( ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ހުށަހެޅިފައިވާ އިސްތިއުނާފުގެ މައުޟޫޢުއ ގުޅާ ބައިތައް ތިރީގައި ޚުލާސާކޮށް ބަޔާންކޮށްފައި އެވަނީއެވެ.
1.4. އަޙްމަދު މޫސާއަކީ ވަރަށް ގިނަ ބަލިހުރިމީހެއްކަމަށާއި މިކަމާ ގުޅޭ ލިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅާފައިވް ކަމަށާއި، އަޙްމަދު މޫސާ އަކީ ނުކުޅެދޭ މީހެއްކަމަށާއި، ކޮންމެތާކަށ ދިޔަޔަސް ދަނ މީހަކީ އެއްކޮށް ކަމަށާއި، އެހެންކަމުން މިފަރާތް ޝަރީޢަތްނިމެންދެނ ބަންދުގައި ބަހައްޓަން ޖެހޭނެ ހާލަތެއް ނެތްކަމަށް ދިފާއީ ވަކީލު ބުނެފައިވާކަން.
4.2. އަޙްމަދު މޫސާގެ ބަލިހާލަތާ ގުޅިގެންނާއި، ޑޮކްޓަރުގެ ސެޓިފިކެޓްތަކ ގުޅިގެނާ އެފަދް ލިޔުމެއް ދައުލަތަށް ހުށަހަޅާފައިވާކަމަށާއި، މިކަންކަމ ގުޅިގެނާ މީގެ ކުރީގެ މަޖިލިސްތަކުގައި ވެސް ވާހަކަ ދެކެވިފައި ވާކަމަށާއި، މިލިޔުމ ގުޅިގެނާ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ދިފްއަށް މީގެ ޖަވާބެއް ދީފައިވާނެކަމަށާއި، އެލިޔުންތަކަށ ބަލް މިފަރާތ ބަންދުން ދޫކޮށްލަންޖެހޭ ހާލަތެއް ނެތްކަމަށް ދައުލަތުން ދެކޭކަމަށް ދިފާއަށް އަންގާ ސިޓީ ފޮނުވާފައިވާކަމަށް ދައުލަތުން ބުނެފައިވާކަން.
4.3. ދިފާއުން ފާހަގަކުރާ އެއްވެސް ލިޔުމެއް ކޯޓަށް ހުށަހަޅާފައިނުވާކަން.
4.4. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 28 ވަނަ މާއްދާއާއި އެ ޤާނޫނުގެ 30 ވަނަ މާއްދާއާއި، 31 ވަނަ މާއްދާއާއި އެ ޤާނޫނުގެ 32 ވަނަ މާއްދާގެ )ށ( އަދި )އ( ގައި ހުރި ކަންކަމަށް ރިޢާޔަތްކުރާއިރު، އަޙްމަދު މޫސާއަކީ އަނިޔާ ލިބުނު ކުއްޖާއާ އެއް ރަށެއްގައި ދިރިއުޅޭ، މައްސަލައިގެ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތައް ދަންނަ ދެކެފަރިތަ މީހެއްކަމަށްވުނ މީން ބަންދުން ދޫވެއްޖެނަމަ އަނިޔާ ލިބުނު ކުއްޖާއާއި ހެކިންނަން ނުފޫޒު ފރވުމުގެ އިހްތިމާލު އޮތްކަމަށް ބުރަވެވޭކަން.
5އަޙްމަދު މޫސާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް، އަޙްމަދު މޫސާގެ ފަރާތުން 7 ޖުލައި 2025 ގައި އެ އަމުރު މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާފައިވެއެވެ. މި ހުށަހެޅުމުގައި އަމުރު މުރާޖަޢާކުރަން އެދޭ ޤާނޫނީ މާއްދާކަމަށް ބަޔާންކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވެނ މާއްދާގަ )ވ( އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ )ހ( ގެ ދަށުން ކަމަށެވެ. މި ހުށަހެޅުމުގެ ތަފްޞީލުގައި ފާހަގަކޮށްފައިވަނީ އަޙްމަދުމޫސާއަކީ ޚާއްޞަ އެހެއށް ބޭނުންވާ މީހެއްކަމާއި، އޭނާގެ 2 ކާޑްނ މައްސަލީ ޖެހިފައިވާކަމާއި، ތައިރޮއިޑް ބައްޔާއި ރާއްޖެ ބައްޔާއި ނަފްސާނީ ބައްޔާއި ހިތުގެ ބައްޔަށް ފަރުވާ ކުރަމުންދާކަމާއި، އަޙްމަދު މޫސާ ހައްޔަރުކޮށްފައިވަނީ ކެންސަރަށ ޓެސްޓް ކުރުމަށް ޑޮކްޓަރު އިރުޝާދު ދީފައިވަނިކޮށް ކަމަށެވެ.އަދިގިނ ބަލިތައް ތަހައްމަލު ކުރަމުންދާތީ، ބަންދުގައި ބެހެއްޓުމަކީ އެއްވެސް ވަރަކަށް ރައްކާތެރިކަމެއް ނޫންކަމަށް ޑޮކްޓަރު ބުނެފައިވާކަމަށެވެ. ޤާނޫނު ނަންބަރ 8/2010 )ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު( އުނި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ޤާނޫނު ނަންބަރ 12/2009 ތަޠުބީޤުކުރުމުގައި ތަފާތުހުންނާނެކަމަށެވެ. މި ހުށަހެޅުމުގައި އަޙްމަދު މޫސާގެ ފަރާތުން އެދިފައިވަނީ ޝަރީޢަތުން ކަނޑައަޅާ ޝަރުތުތަކާއިއެކ އަޙްމަދު މޫސާ ގެއަށް ބަދަލުކުރުމަށެވެ. ޤާނޫނު ނަންބަރު 12/2016، މީގެފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު" ކަމަށް ބުނެފައި. މީގެފަހުން " ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު" ކަމަށް ބުނެފައި.
6އަޙްމަދު މޫސާގެ ހުށަހެޅުމާގުޅިގެން، ދަށުކޯޓުން ބަންދު މުރާޖަޢާކޮށް އަމުރުކޮށްފައިވަނީ އަޙްމަދު މޫސާއަށް ޝަރުޠުކޮށ އަޙްމަދް މޫސާ ބަންދުން ދޫކޮށްލުމަށެވެ.އީމްއ އަމުރު އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. އިސްތިއުނާފުކޮށްފައިވާ އަމުރުގެ ނިންމުމާއި ނިންމުމަށް ވާސިލުވި ސަބަބު
7އަޙްމަދު މޫސާގެ ބަންދު މުރާޖަޢާކޮށް ބަންދުން ދޫކުރުމަށް ނިންމި އަމުރުގައި އެފަދައިން ނިންމި ސަބަބު ކަމަށް ބަޔާންކޮށްފައިވާ ކަންކަން ޚުލާސާގޮތެއްގައ ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.7.އަޙްމަދު މޫސާގެ ސިއްޙީ ޙާލަތު ބަޔާންކޮށްދިނުމުގެ ގޮތުން ޑޮކްޓަރީ ލިޔުންތަކެއް ހުށަހަޅާފައިވާކަމާއި، މި ލިޔުންތަކަށް ބަލާއިރު، އެތަނުން އެއް ލިޔުމުގެ ސައްހަކަމާމެދު ދައުލަތުން ސުވާލު އުފައްދާފައިވާއިރު، އަޙްމަދު މޫސާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން މިމައްސަލައިގެ ޑޮކިއުމަންޓސ ތަކުންވެސް އެނގެން އޮންނަކަން ދައުލަތުންވެސް ޤަބޫލުކުރާކަން އެނގޭކަން.އެހެންނަމަވެސް، އެ ހުރި ނުކުޅެދުންތެރިކަމަކީ ބަންދުގައި ނހުރެވޭފަދަ ނުކުޅެދުންތެރިކަމެއ ނޫންކަން ދައުލަތުން ފާހަގަކުރާކަން.
7.2.ހުށަހަޅާފައި ސިއްޙީ ލިޔުންތަކަށް ބަލާއިރު ކިޑްނީގެ މައްސަލައާއި މިކަމާގުޅިގެން ދިގުމުއްދަތައް ބޭސްކ ކަމާއ މި ނޫންވެސް ސިއްޙީ މައްސަލަތަކެއް އަޙްމަދު މޫސާގެ ހުރިކަން އެނގޭކަން. އަދި މިއީ ހައްސާސ )ސީރިއަސް( މައްސަލަތަކެއް ކަމަށާއި، ރަނގަޅަށް ބޭސްފަރުވާ ނުކުރެވިއްޖެނަމަ ފުރާނަޔަށ ގެއްލުންވާފަދަ މައްސަލަތަކެއް ހުރިކަން ލިޔުންތަކުން އެނގޭކަން.
7.3.އަޙްމަދު މޫސާއަކ ސިއްޙީ ގިނަ މައްސަލަތަކެއްހުރި ފަރާތެއްގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއްކަނ ހުށަހަޅާފައިވް ޚާއްސަ އެހީއަށް ބޭނުންވާ ކާޑުން އެނގޭކަމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ 16 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 21 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައިވާކަން.
7.4. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގެ ދަށުން ބަންދު އަމުރު މުރާޖަޢާ ނުކުރެވޭނެކަން ނުވަތަ އެ ފުރުސަތު ނެތްކަން އެނގޭކަށް ނެތްކަން.ބަންދު މުރާޖަޢާކުރުމުގެ ފުރުސަތު ލިބިދީފައި އޮތުމަކީ ވަކި ގައިދެއްގެ ތެރެއިން، ނުވަތަ ހަނި ފުރުސަތެއްގެ ތެރެއިން ނަމަވެސް ބަންދުގައިވާ ފަރާތް ބަންދުން ދޫކޮށްލުމުގެ ފުރުސަތު ލިބިދީފައިވާކަމެއްކަނ އެނގެން އޮންނަކަމާއި، މިކަން ދިވެހިރާއްޖޭގެ ހައިކޯޓުގ ނަންބަރ 2024/HC-B12/65 ޤަޟިއްޔާގެ 33 ވަނަ ނުކުތާއިންވެސް އެނގޭކަން.
7.5.އަޙްމަދު މޫސާއަކީ ކުށުގެ އަނިޔާ ލިބުނު ކުއްޖާއަށް އިތުބާރުކުރެވޭ މަޤާމެއްގައި ހުރި މީހެއް ނޫންކަމާއި، އަޙްމަދު މޫސާގެ މައްޗަށް މާޒީގައި މިފަދަ ކުށުގެ ތުހުމަތެއް އުފުލިފައިވާކަނ އެނގެން ނެތުމާއެކު އަޙްމަދު މޫސާއަކީ، ޖިނާއީ ކުށުގެ ރެކޯޑެއް ނެތް މީހެއްކަން އެނގޭކަން.
7.6.ހުށަހަޅާފައިވާ އަޙްމަދު މޫސާގެ ސިއްޙީ ރިޕޯޓުތަކަށް ބަލާއިރު، އަޙްމަދު މޫސާ އަކީ ސިއްޙީ ސީރިއަސް މައްސަލަތަކެއ ހުރް ފަރާތެއްކަން އެނގެން އްތުމުންނާއި، އަޙްމަދު މޫސާގެ ޢުމުރަށް ބަލާއިރު، މީނާއަކީ ޢުމުރުން 60 އަހަރު ފުރިފައިވާ މީހެއްކަން އެނގެން އޮތުމުން، މީނާއަކީ ޚާއްޞަ ސިއްހީ ފަރުވާއާއި، އެހީތެރިކަން ބޭނުންވާ ފަރާތެއްކަމުގެ އިތުރުން މީނާ އަކްޚއްސަ އެހީއަށް ބޭނުންވާ ފަރާތެއްކަން އެނގޭކަން.
7.7.ޤާނޫނުގެ 36 ވަން މާއްދާގަ )ނ( ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ބަންދުގައިވާ ފަރާތް ބަންދުގައި ދެމެހެއްޓުމަށް އަމުރުކުރިއިރު އޮތް ޙާލަތު މިހާރު ބަދަލުވެއްޖެކަމަށް، ކޯޓަށް ފެނިއްޖެކަމަށްވާނަމަ، އެހިސާބުން އެ އަމުރު ބާޠިލުކުރުމުގެ ބާރު ކޯޓަށް ލިބްގެންވާކަމުގައ ބަޔާންކޮށްފައިވުމުން، އަޙްމަދު މޫސާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނީ، ހެކިބަސްދޭން ތިބި ހެކީންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ހުރަސް ނެތިދާފަދ ނުވަތަ ހެކީންނަށް ނުފޫޒު ފޯރުވުމުގެ އިހީތިމާލާއި، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ހުރަހުގެ އިހްތިމާލު ކުޑަވާފަދަ ހަރުކަށި ޝަރުޠުތަކެއްގެ ދަށުން އަޙްމަދު މޫސާ ދޫކޮށްލުމަކީ ހެކިބަސްދޭން ތިބި ހެކީންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލާއި، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ހުރހުގެ ޙާލަތު ބަދަލުވުންކަމުގައި ޤަބޫލުކުރެވޭކަން.
8ބުނެވިދިޔަ ކަންކަމަށް ރިޢާޔަތްކޮށް ދަށުކޯޓުން ނިންމާފައިވަނީ، އަޙްމަދު މޫސާ ޑޮކްޓަރަށް ދެއްކުންފަދަ ގެއިން ކޮންމެހެނ ނިކުންނަން ޖެހޭފަދަ ޟަރޫރީ ކަމެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެންގުމަށް ފަހުގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި، އަނިޔާ ލިބުނު ކުއްޖާގެ ޢާއިލާ އެއްވެސް ފަރާތަކާއި، އެފަރާތްތަކުގެ ރިއްޓެހިންނާއި އެއްވެސް ސިފައެއްގައި މުޢާމަލާތުކޮށް ބައްދަލު ނުކުރުމަށާއި، ބަންދުން ދޫކޮށްލާފައިވާ މުއްދަތުގައ މައްސަލައިގައި ހިމެނި އެއްވެސް ހެއްކަކާ މުޢާމަލާތު ނުކުރުމަށާއި، ބަންދުން ދޫކޮށްލާފައި ހުންނެއިރު ޤާނޫނަކާ ޚިލާފު އެއްވެސް ޢަމަލެއް ނުވަތަ އިތުރު ކުށެއް ނުކުރުމަށާއި، ޝަރީޢަތުގެ އަޑުއެހުންތަކަށް ކޯޓަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑިއަށް ކޯޓަށް ބަރާބަރަށް ހާޒިރުވުމަށް އަޙްމަދު މޫސާގެ މައްޗަށް ޝަރުޠުކޮށް، އަޙްމަދު މޫސާ ބަންދުން ދޫކޮށްލުމަށް އަމުރުކޮށފައިވެއެވެ. އިސްތިއުނާފީ ނުކުތާތައް:
9ދަށުކޯޓުގެ ނަންބަރު AM/2025/04/xxx) 17 ޖުލައި 2025( ކޯޓު އަމުރު ނެރެފައިވަންޝަރުޢީ އަދ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ،ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހް ގ ފަރާތުން އ ނިންމުން އިސްތިއުނާފު ކުރުމަށް 01 )އެކާއި( ނުކުތާ ހުށަހަޅައާއެނުކުތުއާމެދެދިވެހިރާއްޖޭގެހައިކޯޓުގ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅ؛
1.9.ނުކުތާއަކީ: އިސްތިއުނާފުކޮށްފައިވ އަމުރަކާ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ )ނ( އާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފކުރު ފަރާތުން އެދގޮތޭ :
10ދައުލަތުން އެދިފައިވަނީ،
10.1. އަޙްމަދު މޫސާ ބަންދުކުރި ޙާލަތު ބަދަލުވެފައިވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ )ނ( އާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށް ކަމަށް ކަނޑައަޅައި، އަޙްމަދު މޫސާގެ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލާއި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުމުގެ އިހްތިމާލު ދެމި އޮތްކަމަށް ކަނޑައަޅައި،
10.2. ދަށުކޯޓުގެ ނަންބަރު AM/2025/04/xxx) 17 ޖުލައި 2025( ކޯޓު އަމުރު ބާޠިލްކަމަށް ކަނޑައަޅައި،
3.10. އަޙްމަދު މޫސާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި، މި މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކުރާ ތާރީޚުން ފެށިގެން 2 )ދޭއް( ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، ގިނަވެގެން 5 )ފަހެއް( ދުވަހުގެ ތެރޭގައި އޭނާގެ ބަންދާމެދު އަލުން ގޮތެއް ކަނޑައަޅަންވާނެކމަށް އަންގައިމައްސަލަ ނިންމައދިނުމަށެވެ. ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކައިގެ ޚުލާޞާ
11އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި ދައުލަތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
1.11. ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 )ޕްރޮސިކއި◌ޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ( ޤަޟިއްޔާގައި ބަޔާންކުރާފަދަ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ މައްސަލައެއްތޯ ބަލާއިރު، އިސްތިއުނާފުކޮށްފައިވ އަމުރާ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނީ މާއްދާގަ )ރ( އާ ޚިލާފަށް ގުޅުންހުރި މަތް މަރުހަލާގެ ނިންމުންތަކާ ޚިލާފަށްކަމަށާއި، އަދި އެކަމުގެ ސަބަބުން ބޭއިންސާފެއް ކުރިމަތި ވެފައިވާ ކަމަށެވެ. ވީމާ، މިއީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ މައްސަލައެއްކަމަށ ދެކޭކަމަށެވެ.
2.11. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 32 ވަން މާއްދާގައި ބަންދުކުރުމާމެދު ގޮތެއް ނިންމުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަން ބަޔާންކޮށްފައިވާއިރު، އިސްތިއުނާފުކޮށްފައިވ އަމުރާ ނެރެފައިވަނީ އަޙްމަދު މޫސާ ކުށު ކުރި ގޮތާއި، ކުށުގެ ސަބަބުން ގެއްލުން ލިބުނު ކުއްޖާގެ ޙާލަތާއި އެ ކުއްޖާގެ އުމުރު ފަދަ އެއްވެސް ކަމަކަށް ފަނޑިޔާރު ރިޢާޔަތްކުރުމެއްނެތިކަމަށެވެ.
3.11. ކިޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން މީހެއްގެ މައްޗަށް ތުހުމަތު އުފުލޭ ހިނދު، އެ މީހަކީ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށ ނުފޫޒެއް ފޯރުވާނެ އަދި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރުވާނެ މީހެއްކަމުގައި އިފްތިރާޟްކޮށް، އެ މީހަކު ޝަރީޢަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް މަގުފަހިކޮށްދޭކަމަށް މާނަކުރެވޭކަމަށ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/13 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ( ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 2023/HC-B12/83 )ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ޔުނާން( ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 2024/HC-B12/64 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ހާނިފް( ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 2024/HC-B12/65 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު( ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމަށެވެ.
4.11. މ މައްސަލައިގައި އަޙްމަދު މޫސާ ބަންދުކުރުމަށް ކޮށްފައިވާ އަމުރުތަކަށް ބެލުމުން، އެ އަމުރުތައް ނެރުނުއިރުވެސް، އޭނާއަކީ ނުކުޅެދުންތެރިކަން ހުރި ފަރާތެއްކަމާއި، އޭނާއަކީ ބަލިމީހެއްކަން އޭނާގެ ފަރާތުން ފާހަގަކޮށްފައިވާކަން އެނގޭކަމަށާއި، އަޙްމަދު މޫސާ ޝަރީޢތަ ނިމެންދެން ބަންދުކުރުމަށް ނިންމާފައިވަނީވެސް އެކަމަށް ރިޢާޔަތްކުރުމަށްފަހު ކަމަށެވެ.
11.5. ހައިކޯޓުގެ ނަންބަރު 2021/HC-B12/51 )ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު އުޘްމާން( ޤަޟިއްޔާއާއި، ނަންބަރު 2022/HC-B12/16 )ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަފްޞަލް ރަޝީދު( ޤަޟިއްޔާއަށް ރިޢާޔަތްކުރާއިރު، އަޙްމަދު މޫސާގެ މައްޗަށް ހަރުކަށި ޝަރުޠުކޮށްފައިވުމަކީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ފިލައިގެންދާނެކަމެއ ނޫންކަން އެނގޭކަމަށެވެ.
6.11. އަޙްމަދު މޫސާގެ މައްޗަށް ޝަރުޠުކުރުމުން އޭނާގެ ކިބައިން ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލާއި މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވޭ ގޮތުގެ ތަފްޞީލު ބަޔާންކޮށްފައިނުވުމަކ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/100 )އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން( ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2024/SC-A/19 )ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް( ޤަޟިއްޔާއާ ޚިލާފުކަމެއް ކަމަށެވެ.
7.11. ކުޑަކުދިންނަކީ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ޚާއްސަ ރައްކާތެރިކަން ލިބިގެންވާ ބައެއްކަމަށާއި، ޤާނޫނު ނަންބަރ 19/2019 )ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު(ގެ 11، 12 އަދި 46 ވަނަ މާއްދާއަށް ރިޢޔަތްކޮށާ އެކުދިން ރައްކާތެރިކުރުމަކީ ދައުލަތުގެ ޒިންމާއެއްކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/09 )ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު( ޤަޟިއްޔާގައި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ޙައްޤުތައް ހިމާޔަތް ކުރެވޭގޮތަކަށް ދެ ފަރާތުގެ ޙައްޤުތައް ކޮންމެ މައްސަލައެއްގައި މީޒާންކޮށް ހަމަކުރަން ޖެހޭކަމަށާއި، އެކަން ކުރާނީ ވަށައިގެންވާ ޙާލަތްތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށް ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި އަޙްމަދު މޫސާގެ މައްޗަށް ތުހުމަތުކޮށްފައިވަނ 9 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ކަމަށާއި، އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ.
11.8. މައްސަލައިގައި އަޙްމަދު މޫސާގެ ފަރާތުން އޭނާގެ ބަލިޙާލަތު ބަޔާންކުރުމަށް ހުށަހަޅާފައިވާ އެޑްވާނސ މެޑިކަލް ކްލިނިކުން 21 ޖަނަވަރީ 2025 ތެރީޚްގެލިޔުމަކީ މި ޙާލަތުގައި ރިޢާޔަތްކުރެވޭނެ ލިޔުމެއް ނޫންކަމަށެވެ. ސަބަބަކީ އެ ތާރީޚުގައި މޫސާ ދީދީ ހުރީ ބަންދުގައި ކަމަށާއި، އެހެންކަމުން އެއީ މޫސާ ދީދީގެ ޙާލަތު ޑޮކްޓަރަކު ބަލައި ދޫކޮށްފައިވާ ލިޔުމެއް ނޫންކަމަށެވެ.
9.11. ހައިކޯޓުގެ ނަންބަރު 2021/HC-A/25 )ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ވިސާމް( އަދި ހައިކޯޓުގެ ނަންބަރު 2018/HC-A/208 )ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ޒާމިލް( ޤަޟިއްޔާގައ ޖަލުގައި ތިބި މީހުން ބަންދުން ދޫކޮށްލެވޭނީ، އެމީހެއްގެ ބައްޔަށް ފަރުވާ ނުދެވި ލަސްވެއްޖެ ޙާލަތެއްގައި އޭނާގެ ސިއްޙަތަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ނުވަތަ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނ ކަމަށެ ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ ކަމށ ބަޔާންކޮށްފައިވް ކަމަށާއި، މ މައްސަލާގައި އެފަދަ ޙާލަތެއް ނެތްކަމަށެވެ.
12އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
1.12. އަޙްމަދު މޫސާއަކ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށާއި، ގިނަ ބަލިތަކެއް ތަހައްމަލުކުރަމުންދާ ފަރާތެއް ކަމަށެވެ. އަދި އަޙްމަދު މޫސާ ހައްޔަރުކޮށްފައިވަނީ ކެންސަރު ބައްޔަށް ޓެސްޓް ކުރުމަށް ޑޮކްޓަރު އިރުޝާދު ދީފައިވަނިކޮށް ކަމަށެވެ.މި ބަލިތަކަށް ފަރުވާ ނުދެވިއްޖެނަމަ، ފުރާނައަށް ނުރައްކާއޮތް ބަލިތަކެއް ކަމަށާއި، ގިނަ ދުވަސް ބަންދުގައި ހޭދަކުރުމުނ މިހާރުވެސް ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އަޙްމަދް މޫސާ ގިނަ ބަލިތަކއެ ތަހައްމަލްކުރަމުންދާތީ ބަންދުގައި ބެހެއްޓުމަކީ އެއްވެސް ވަރަކަށް ރައްކާތެރިކަމެއް ނޫންކަމަށް ޑޮކްޓަރު އިރުޝާދު ދީފައިވާ ކަމަށެވެ.
2.12. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ސިއްޙީ ޙާލަތު ބަޔާންކޮށް މެޑިކަލް ލިޔުންތައް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް އެކަށީގެންވާ ފަރުވާއެއް ދީފައިނުވާ ކަމަށާއި، ކެންސަރު ބައްޔަށް ޓެސްޓް ކޮށްފައި ނުވާކަމަށެވެ.
3.12. ޝަރީޢތަ ނިމެންދެން ބަންދުކުރުމާ ހަމައަށް އަޙްމަދު މޫސާގެ މެޑިކަލް ޑޮކިއުމަންޓްސް ހުށަހަޅާފައި ނުވާނެ ކަމަށާއި، ޝަރީޢަތުން ގޮތެއް ނިންމާފައިވަނީ އެ ވަގުތު ހުށަހެޅިފައިވާ ލިޔުންތަކާއި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ.
4.12. އަޙްމަދު މޫސާގެ ސިއްޙީ ޙާލަތު އަދި އަޙްމަދު މޫސާގެ ހުރި ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި ޙާލަތަށ ބަލާއިރް އަޙްމަދު މޫސާއަކީ މުޖުތަމަޢުގައި އުޅޭ ކުޑަކުދިންނަށް ނުރައްކަލެއް ފޯރުވިދާނެފަދ ޙާލަތެއްގައ ހުރި މީހެއް ނޫންކަމަށާއި، އަޙްމަދު މޫސާއަކީ މީހެއްގެ އހީއާ ނުލައި ތަންތަނަށް ދެވޭ މީހެއް ނޫންކަމަށެވެ.
5.12. ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކުރަންވާނީ އެނޫންގޮތެއ ނެތް ޙާލަތެއްގައި އެޅޭ އިސްތިސްނާއީ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
6.12. އެޑްވާންސް މެޑިކަލް ކްލިނިކުން 21 ޖަނަވަރީ 2025 ގައި ދޫކޮށްފައިވާ ލިޔުމަކީ އަޙްމަދު މޫސާގެ މެޑިކަލް ހުރިހާ ލިޔުންތަކެއް ދިރާސާކުރުމަށްފަހު ޑޮކްޓަރ ދީފައިވާ ލަފައެއްކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުނު އެދޭގޮތް:
13އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ދަށުކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
14މި މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ ސުވާލަކީ އިސްތިއުނާފުކޮށްފައިވާ އަމުރުގައި،ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައިވާފަރާތެއ ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުގެ މަތިންތޯއެވެ.
15ކުޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ބަންދު މުރާޖަޢާކުރެވޭނީ އެ ޤާނޫނުގެ 36 ވަނަ މާއްދާއިންނެވެ. އެގޮތުން އެ މާއްދާގެ ދަށުން މުރާޖަޢާކުރާއިރު، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާއަކީ، ތަޙްޤީޤުގެ މަރުޙަލާގައާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުން މީހެއް ނޫންކަމަށް، ނުވަތަ އޭނާ ބަންދުގައި ދެމެހެއްޓުމަށް އަމުރުކުރިއިރު އޮތްޙާލަތު މިހާރު ބަދަލުވެއްޖެކަމަށް، ކޯޓަށް ފެނިއްޖެކަމަށްވާނަމަ، ނުވަތަ އެ އަމުރު އެގޮތަށް ދެމެހެއްޓުމުގެ ބޭނުމެއް އިތުރަށް ނެތްކަމަށް ކޯޓަށް ފެނިއްޖެކަމަށްވާނަމަ، އެ ހިސާބުން އެ އަމުރު ބާޠިލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
16ސުޕްރީމު ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޤަޟިއްޔާގައި، މިފަދަ މައްސަލަތަކުގައި މީހަކު)ޝަރުޠުތަކާއެކު ނަމަވެސް( ބަންދުން ދޫކުރެވޭނީ އެންމެ ކުޑަމިނުން، އެ މީހާ ބަންދުކުރި ހާލަތު ބަދަލުވެފައިވާނަމަ ކަމަށް ބަޔާންކޮށްފައިވެއެވެ.
17ހައިކޯޓުގެ ނަންބަރު 2022/HC-B12/17 ޤަޟިއްޔާގައި، އެކަށީގެންވާ ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ނުދިނުމަކީ، އޭގެ ޒާތުގައި )se per( ބަންދުކޮށްފައިވާ މީހަކު ބަންދުން ދޫކުރަންޖެހޭ ޤާނޫނީ ސަބަބެއް ނޫންކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ހައިކޯޓުގެ ނަންބަރު 2024/HC-B12/1 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު މިޤްދާދު( ޤަޟިއްޔާގައި، ބަންދުގައިވާ ފަރާތްތަކުގެ ބަލާ ހާލަތު ގުޅިގެނާ ބަންދުން ދޫކުރުމާއި ބޭސްފަރުވާ ކުރުމަށް އެދި ހުށަހެޅުންފަދަ އިޖުރާއަތުތައް ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރ 14/2013 )ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު( ގައި ކަމަށާއި، ކޯޓަށް މިފަދަ ޝަކުވާއެއ ނުވަތް ހުށަހެޅުމެއް ހުށަހެޅުމުގެ ކުރިން ފުރިހމަކުރަންޖެހޭނީ އެ ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތުތައް ކަމަށް ބަޔާންކޮށްފައިވެއެވެ.
18އިސްތިއުނާފުކޮށްފައިވާ އަމުރަށް ބަލާއިރު، އަޙްމަދު މޫސާގެ ސިއްޙީ ހައްސާސީ )ސީރިއަސް( މައްސަލަތަކެއް ހުރް ކަމަށާއި، ރަނގަޅަށް ބޭސްފަރުވާ ނުކުރެވިއްޖެނަމަ ފުރާނަޔަށް ގެއްލުންވާފަދަ މައްސަލަތަކެއް ހުރިކމަށ އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް އެއީ ކޮން ބައްޔަކާގުޅިގެނ ކަމެއް އަދި، އެ ބަލީގެ ފަރުވާދިނުމުގައި އަޙްމަދު މޫސާ ބަންދުކޮށްފައިވާ އިދާރާއިން ކޮށްފައިވާ މަސައްކަތާ، އަޙްމަދު މޫސާގެ ފަރާތުނ ފަރުވާ ނުލިބިގެން ބަންދުކޮށްފައިވާ އިދާރާއަށް ޝަކުވާއެއް ހުށަހަޅާފައްވޭތޯ އަދި އިސްވެ ބަޔާންކުރިފދައިނ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/13 ޤަޟިއްޔާ. ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ހުށަހެޅުމެއް ހުށަހަޅާފައިވޭތޯ ބަލާފައިވާކަން އެ އަމުރުން އެނގެން ނެތެވެ.
19ބަންދުކޮށްފައިވާ ފަރާތަށް ލިބެންޖެހޭސިއްޙީ ފަރުވާފޯރުކޮށްދިނުމަކް ބަންދުކޮށްފައިވާ އިދާރާއކުނ ކުރަންޖެހޭނެ ކަމެކެވެ. އަދި ނުކުޅެދުންތެރިކަނ ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު ފަދަ ޤާނޫނުތަކުން ރައްކާތެރިކަން ލިބިދީފައިވާ ފަރާތްތަކަށް ވަކި ޚާއްސަ ފަރުވާއެއް ފޯރުކޮށްދްންޖެހޭނަމަ ދައުލަތުގެ ކެރި ފޯރުންތެރިކަނ ހުރް މިންވަރަކުން އެ ފަރުވާއެއް އެފަރާތަކަށް ލިބިދޭންޖެހޭނ ކަމަށެ ޤަބޫލުކުރަމެވެ. މި ފަރުވާތައް ނުލިބޭނަމަ ޢަމަލުކުރަންޖެހޭ އިޖުރާއަތުތައް އިސްވެ ބަޔާންކުރިފަދައިން ހުރިއިރު، އެ އިޖުރާއަތުތަކާ އެއްގޮތަށް އަޙްމަދު މޫސާގެ ފަރާތުން ހުށަހަޅާފައިވާކަމަށ ނުވަތަ ބަންދުކޮށްފައިވާ އިދާރާއިން ސިއްޙީ ފަރުވާ ނުދީގެން ޝަކުވާއެއް ހުށަހަޅާފައިވާކަމަށް ބުނެ އަޙްމަދ މޫސާގެ ފަރާތުން ފާހަގަކޮށްފައިނުވެއެވެ. އަޙްމަދު މޫސާގެ ފަރާތުން ސިއްޙީ ލިޔުންތައް ޝަރީޢަތަށްވެސް ހުށަހަޅާފައިވަނީ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރިތާ އެތަކެއް ދުވަސް ފަހުންނެވެ.
20އަޙްމަދު މޫސާ ހައްޔަރުކޮށްފައިވަނީ ކެންސަރު ބައްޔަށް ޓެސްޓް ކުރުމަށްޑޮކްޓަރ އިރުޝާދު ދީފައިވަނިކޮށް ކަމަށއް،އަޙްމަދު މޫސާ ގިނަ ބަލިތއަތަހައްމަލކުރަމުންދާތީ ބަންދުގައުބެހެއްޓުމަކީ އެއްވެސް ވަރަކަށް ރައްކާތެރިކަމެއް ނޫންކަމަށް ޑޮކްޓަރު އިރުޝާދު ދީފައިވާކަމަށްމ ކޯޓުގި ޝަރީޢަތުގެ އަޑުއެހުމުގައި ތަކުރާރުކޮށޭއަޙްމަދު މޫސާ ބުނެފައިވެއެވެ. އަޙްމަދު މޫސާގެ ފަރާތުން، ލެބޯޓަރީ ޓެސްޓްތަކާއި، އެކްސްރޭ ތަކާއި، ފައިސާ ދެއްކި އިންވޮއިސް އަދި މެމޯތައް ހިމެނޭހެނިގިނަ ސިއްޙީ ލިޔުންތަކެއް ހުށަހަޅާފައިވާއިރު، އ ލިޔުންތަކުގެ ތެރެއިން އެފަދައިން ޑޮކްޓަރު ބަޔާންކޮށްފައިވާ ލިޔުމަކީ ކޮބައޮތޯ ޝަރީޢަތުން ސުވާލުކުރުމުން އެއީ ކނަ ލިޔުމެއްކަން އަޙްމަދު މޫސާއަށް ބުނެދެވިފައިނުވެއެވެ. އެލިޔުނ ފާހަގަކޮށް ވަކިން ހުށަހެޅުމަށް ޝަރީޢަތުން ފުރުސަތުދީފައިވެއެވެ. އެހެންނަމަވެސް، އެ ފުރުސަތުގައި ހުށަހެޅި ލިޔުންތަކުގައިވެސ އެފަދް އިރުޝާދެއް ޑޮކްޓަރު ދީފައިވާ ލިޔުމެއް ހުށަހަޅާފައިނުވެއެވެ.
21އަޙްމަދު މޫސާ ބަންދުކުރުމަށް ކޮށްފައިވާ އަމުރުތަކުގައި ބަޔާންކޮށްފައިވާ ޙާލަތު ފިލައިދިޔަގޮތެއްނުވަތަ ބަދަލުވިގޮތެއް އިސްތިއުނާފުކޮށްފައިވާ އަމުރުގައި ބަޔާންކޮށްފައިނުވެއެވެ. ވީމާ، މި އަމުރަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ނުދެކެމެވެ. މައްސަލަ ނިންމަން ފެންނަ ގޮތް:
22ބުނެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ×××××××××××××× މެޖިސްޓްރޭޓް ކޯޓުގު ނަންބަރ AM/2025/04/xxx) 17 ޖުލައި 2025( ކޯޓު އަމުރަކީ ބާޠިލު އަމުރެއްކަމަށް ކަނޑައަޅައި، ދައުލަތުން އަޙްމަދު މޫސާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި، މިއަދުނ ފެށިގެން 2 )ދޭއް( ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، ގިނަވެގެން 5 )ފަހެއް( ދުވަހުގެ ތެރޭގައި އޭނާގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ××××××××××××× މެޖިސްޓްރޭޓް ކޯޓަށް އަންގައި މައްސަލަ ނިންމަން ފެނެއެވެ.
23މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް ތާއިދުކުރަމެވެ. ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔް :
24މި މައްސަލައިގައިފަނޑިޔާރ މުޙައްމަދު ފައިޞަލް ގ ރައުޔަށް ތާއިދުކުރަމެވެ.
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 36 ވަނަ މާއްދާ (ހ)، (ނ)
- ޤާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު)
- ސުޕްރީމް ކޯޓު 2024/SC-A/13 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ)
- ހައިކޯޓު 2022/HC-B12/17
- ހައިކޯޓު 2024/HC-B12/1 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު މިޤްދާދު)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މަރްޔަމް ޝަހުމާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އިބްރާހީމް ރަމީޒު
- ބެންޗު
- މުޙައްމަދު ފައިޞަލް، ޙުޒައިފާ މުޙައްމަދު، ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ޙުޒައިފާ މުޙައްމަދު، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް