ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-B12/11
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނަން ސިއްރުކުރެވިފައި، 2024/HC-B12/11
Prosecutor General v. Name withheld 2024/HC-B12/11 (2024/HC-B12/11, High Court of the Maldives, 29 February 2024)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނަން ސިއްރުކުރެވިފައި
މައްސަލައިގެ ޚުލާޞާ
ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުން މީހެއްކަމަށް ނުފެންނާތީ، ކުޑަކުދިންނާ މުޢާމަލާތް ނުކުރުން ފަދަ ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލުމަށް އަމުރުކުރިއެވެ.
ތުހުމަތުކުރެވޭ ފަރާތަކީ ޢާއިލާގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ދަޢުވާގައި 2021 ން ފެށިގެން ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މީހެކެވެ. ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިމުމުން ބަންދު މުރާޖަޢާކުރުމަށް އެދުނެވެ.
ދައުލަތުން ބުނީ ކުޑަކުދިންނަށް އޮތް ނުރައްކާ ފިލައިގެން ދިޔަގޮތް ނުވަތަ ޙާލަތު ބަދަލުވިގޮތް އަމުރުގައި ބަޔާންކޮށްފައި ނުވާކަމަށެވެ. ރައްދުވާ ފަރާތުން ބުނީ މިއީ ފަނޑިޔާރުގެ އިޚްތިޔާރުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށާއި ސަބަބު އިޖުމާލީކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
މައިގަނޑު ސުވާލު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ މީހަކު، ބަންދު މުރާޖަޢާކޮށް ޝަރުޠުތަކާއެކު ދޫކޮށްލި އަމުރަކީ ޤާނޫނު ނަންބަރު 12/2009 ގެ 36 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު އަމުރެއްތޯ؛ ޙާލަތު ބަދަލުވިގޮތް އަމުރުގައި ބަޔާންކުރަން ޖެހޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ އަމުރު ޤާއިމް (2-1)
އަޣުލަބިއްޔަތުގެ ރައުޔަކީ ދަށުކޯޓުން ދޫކޮށްލީ ޙާލަތު ބަދަލުވުމަކަށް ބިނާކޮށް ނޫން، ބަންދު ކޮންމެހެން ބޭނުން ނުވާ ޙާލަތަށް ބިނާކޮށް ކަމުން ދައުލަތުގެ ނުކުތާ އަމުރާ ފުށުނާރާ ކަމެވެ. ޚިލާފު ރައުޔުގައި ބުނީ ކުރިން ބަންދުކުރި ސަބަބު ނެތިގެން ދިޔަގޮތް ބަޔާންކުރަން ޖެހޭ ކަމަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަށުކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރާއިރު، ދަށުކޯޓުގެ ފަނޑިޔާރު ހަދާފައިވާ ގޯހަކީ ކޮބައިކަން ޤާނޫނީ ޙުއްޖަތާއެކު ސާފުކޮށް ބުނެދޭން ޖެހޭނެއެވެ. ހަމައެކަނި ގޯހެއް ހަދާފައިވާކަމަށް ބުނުމަކުން އިސްތިއުނާފުގެ އޮޅިގަނޑު ގިރާނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16-17، އަޣުލަބިއްޔަތު)
- ޤާނޫނު ނަންބަރު 12/2009 ގެ 36 ވަނަ މާއްދާގެ (ނ) ގައި ބަންދު އަމުރު ބާޠިލުކުރެވޭނެ ވަކިވަކި 3 ޙާލަތެއް ބަޔާންކޮށްފައިވެއެވެ: ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުން މީހެއް ނޫންކަމަށް ފެނުން، ބަންދު ކުރިއިރު އޮތް ޙާލަތު ބަދަލުވުން، ނުވަތަ އަމުރު ދެމެހެއްޓުމުގެ ބޭނުމެއް ނެތުން. މީގެ އެއް ޙާލަތަކަށް ބިނާކޮށް ބަންދުން ދޫކޮށްލެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34، އަޣުލަބިއްޔަތު)
- ދަށުކޯޓުން ބަންދުން ދޫކޮށްލީ 'ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުން މީހެއް ނޫން' ކަމުގެ ޙާލަތަށް ބިނާކޮށް، 36 ވަނަ މާއްދާގެ (ށ) ގައިވާ މަޢުލޫމާތު ސާފުކުރުމަށްފަހު ކަމަށްވާނަމަ، 'ޙާލަތު ބަދަލުވިގޮތް ބަޔާންކޮށްފައި ނެތް' ކަމަށް ބުނެ ހުށަހަޅާ އިސްތިއުނާފަކަށް ބިނާކޮށް އެ އަމުރު ބާޠިލެއް ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31-41، އަޣުލަބިއްޔަތު)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 28، 29، 31، 32، 35 އަދި 36 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16، 49 އަދި 143 ވަނަ މާއްދާގެ (ރ)
- [2022] SC 39
- 2019/SC-L/91
- 2023/HC-B12/83
- 2022/HC-B12/97
- 2022/HC-B12/94
- 2023/HC-B12/71
- 2023/HC-B12/52
- 2023/SC-A/44
- 2021/SC-A/50
- 2023/HC-B12/45
- 2023/HC-B12/80
- 2022/SC-A/51
- ބެންޗު
- ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- އެބައޮތް