ސައިޓޭޝަން ކޮޕީ ކުރުމަށް
2026/HC-B12/01
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ހާނިފް (އެޑްރެސް އުނިކުރެވިފައި)، 2026/HC-B12/01
Prosecutor General v. Ibrahim Haanif (Address omitted) 2026/HC-B12/01 (2026/HC-B12/01, High Court of the Maldives, 18 January 2026)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ހާނިފް (އެޑްރެސް އުނިކުރެވިފައި)
މައިގަނޑު ސުވާލު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ތުހުމަތުކުރެވޭ ފަރާތެއް، ކޯޓުގެ ސިސްޓަމުގެ މައްސަލައަކާ ގުޅިގެން ޝަރީޢަތް ލަސްވާތީ ޝަރުޠުކޮށް ބަންދުން ދޫކުރި ދަށުކޯޓުގެ އަމުރަކީ ޤާނޫނާއި މަތީ ކޯޓުތަކުގެ ސަވާބިޤުތަކާ އެއްގޮތް އަމުރެއްތޯއާއި، އެ އަމުރުން ކުރީގެ ބަންދު އަމުރު ބާޠިލުވިތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު؛ ކުރީގެ ބަންދު އަމުރުގެ ބާރުވެރިކަން ދެމިއޮތް
ކަނޑައެޅުނު އުޞޫލުތައް
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ މާއްދާތައް ތަޠްބީޤުކުރަންޖެހޭނީ އެ ޤާނޫނުގެ 2 ވަނަ މާއްދާގައިވާ މަޤްޞަދުތައް (ކުޑަކުދިން ރައްކާތެރިކުރުން) އެންމެ ފުރިހަމައަށް ޙާޞިލުވާނެ ގޮތަކަށް، އެ މަޤްޞަދުތަކަށް އިސްކަންދީގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-21)
- އާންމު އުޞޫލުން ބަންދަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ކުރާ ކަމެއް ނަމަވެސް، ޚާއްޞަ ޤާނޫނުގެ 28 ވަނަ މާއްދާއިން އެ ޤާނޫނުގެ ދަށުން ތުހުމަތުކުރެވޭ މީހަކީ ހެކި ފޮރުވާނެ، ހެކިންނަށް ނުފޫޒު ފޯރުވާނެ، އަދި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރާނެ މީހެއް ކަމަށް އިފްތިރާޟްކޮށް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް މަގުފަހިކޮށްދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23-24)
- ޚާއްޞަ ޤާނޫނުގެ 30 ވަނަ މާއްދާއަކީ ބަންދުގައި ދެމެހެއްޓުމުގެ އަމުރަކަށް އެދޭ އިޖުރާއަތެވެ؛ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއްގެ ބަންދު މުރާޖަޢާކުރަންޖެހޭނީ 36 ވަނަ މާއްދާގެ ދަށުން، ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުން ނޫންތޯ، ނުވަތަ ބަންދުކުރިއިރު އޮތް ޙާލަތު ބަދަލުވެއްޖެތޯ، ނުވަތަ އަމުރު ދެމެހެއްޓުމުގެ ބޭނުމެއް ނެތްތޯ ބަލައިގެންނެވެ؛ 30 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ބަންދު މުރާޖަޢާކުރުމަކީ ޤާނޫނު ތަޞައްވުރުކުރާ ގޮތާ ޚިލާފެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25، 31-32)
- ބަންދު މުރާޖަޢާކުރާއިރު ޙާލަތު ބަދަލުވެފައިވޭތޯ ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތްތަކުން ފުރަތަމަ ބަންދުކުރިއިރު އޮތް ޙާލަތުތަކަށެވެ؛ ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތު އެޅިފައިވާ މީހަކު ދޫކުރެވޭނީ ޙާލަތު ބަދަލުވެފައިވާކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެނަމައެވެ؛ އަދި އެ ބަދަލުވި ގޮތް ނިންމުމުގައި ސާފުކޮށް ބަޔާންކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26-28، 33)
- ޚާއްޞަ ޤާނޫނުގެ ދަށުން ބަންދުކުރާ މީހަކު އެންމެ ކުޑަމިނުން ބަންދުން ދޫކުރެވޭނީ ބަންދުކުރި ސަބަބުތައް ނެތިއްޖެނަމައެވެ؛ ޝަރީޢަތް ލަސްވެގެން ގިނަ ދުވަސް ބަންދުގައި ހުރުމަކީ 36 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް (ޝަރުޠުތަކާއެކު ނަމަވެސް) ދޫކުރުމަށް އެކަށޭނަ ސަބަބެއް ނޫނެވެ؛ ކޯޓުގެ އިދާރީ ނުވަތަ ސިސްޓަމުގެ ދަތިތަކަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ބަންދަށް ލުޔެއްދެވޭނެ ޙާލަތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29، 37، 39)
- ޝަރީޢަތުގައި ހެކިންގެ ހެކިބަސް ނެގިފައިވުމަކީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ނެތިގެންދިއުމެއް ނޫނެވެ؛ ޚާއްޞަކޮށް އަލުން ހެކިބަސް ނަގަންޖެހިދާނެ ޙާލަތެއް އޮތްނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35-36)
- މައުޟޫޢީ މައްސަލަ ދަށު ކޯޓުގައި ކުރިއަށްދާއިރު ބަންދު އަމުރެއްގެ އިސްތިއުނާފުގައި ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އިސްތިއުނާފީ ކޯޓުން އަމުރުނުކުރެއެވެ؛ ދަށު ކޯޓުން ބަންދު އަމުރު ބާޠިލުކޮށްފައިނުވާ ޙާލަތެއްގައި (މި މައްސަލައިގައި ބާޠިލުކުރުމުގެ ބަދަލުގައި ވަގުތީ ލުޔެއް ދީފައިވާތީ)، ލުޔެއްދިން އަމުރު ބާޠިލުކުރުމުން ކުރީގެ ބަންދު އަމުރުގެ ބާރުވެރިކަން ދެމިއޮންނާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 40-43)
1މިއީ xxxxx މެޖިސްޓްރޭޓް ކޯޓުގެ )މީގެ ފަހުން "ދަށު ކޯޓު"( ނަންބަރު 134/2025/xxxxxx )21 ޑިސެންބަރު 2025( "ކޯޓު އަމުރު" )މީގެ ފަހުން "21 ޑިސެމްބަރު 2025ގެ އަމުރު"( ނިންމާފައިވަނީ ޝަރުޢީ އަދިޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުން އެނިންމުނ އިސްތިއުނާފުކުރުމަށް އެދެޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފާހުގ )މީގެ ފަހުން "އިސްތިއުނާފުކުރ ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް"( ފަރާތުން ދިވެހިރާއްޖޭގ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ xxxxxxxxxxxxxxxxxxx، އިބްރާހީމް ހާނިފު )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު xxxxxxxxx( )މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އިބްރާހީމް ހާނިފު"( ގެ މައްޗަށެވެ.
3އިބްރާހީމް ހާނިފު، އެކި ދުވަސް މަތިން، އިބްރާހީމް ހާނިފުގެ އަންހެނުންގެޢްއިލާގެ ކުޑަކުއްޖަކާ )އުމުރުން 08 އަހަރުގެ ކުއްޖެއް( ގްރޫމްކޮށް، ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައިގައ އިބްރާހީމް ހާނިފު، 12 ނޮވެންބަރު 2024 ގައި ހައްޔަރުކޮށްފައިވެއެވެ.
4ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( )މީގެ ފަހުން "ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު"(ގ 31 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ފުރިހަމަވާކަމަށަ ޤަބޫލުކުރެވި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސެ)މީގެ ފަހުން "ޤާނޫނުއަސާސީ"(ގ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތްތަކުގެ ތެރެއިން، މައްސަލައާ ގުޅިގެން ހެކިބަސްދޭ މީހުންނަށް ނުފޫޒު ފޯރުވުމުގެ މަސައްކަތީކޮށްފާނެތާއާއ ހެކި ނައްތާލަފާނ ކަމަށެ ފެންނާތީ އަދި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުމުގެ ޙާލަތު އޮތްކަމަށް ފެންނާތީ، އިބްރާހީމް ހާނިފު ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުނ އެދިފައިވެއެވެ.
5އެއެދެމުގެ މައްޗަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއާއި، 31 ވަނަ މާއްދާއާއި، 33 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އިބްރާހީމް ހާނިފުގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރސްއެޅިދާނެކަމަށް ޤަބޫލުކުރެވޭތީއާއި، އަދި ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭތީ، 30 ދުވަހުގެ މުއްދަތަށް އިބްރާހީމް ހާނިފު ބަންދުކުރުމަށް އަމުރުކށްފައިވެއެވ.
6އެމުއްދަތު ހަމެވާތީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އިތުރު 30 ދުވަހުގެ މުއްދަތަށްއިބްރާހީމ ހާނިފެބަންދުގައި ބެހެއްޓުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދފައިވެއެވ.
7މި ފަދައިން އެދުމގުޅިގެނާ،އިބްރާހީމް ހާނިފުގެ މައްޗަށ ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަށް 12 ޑިސެންބަރު 2024 ގައި އަމުރކޮށްފައިވެއެވު .
8އެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/64 ޤީޟއްޔާއިން، ދަށު ކޯޓުން އިބްރާހީމް ހާނިފު ބަންދުން ދޫކޮށްލާފައިވަނި ޕްރޮސިކިއުޓަރ ޖެނެރަލް ގ އޮފީހުގެ ނަންބަރު 2024/49/xxxxxTHB/-196 )13 ނޮވެ ނބަރ 2024( ސިޓީ ދަށު ކޯޓުގެ ނަންބަރު 93/2024/xxxxxxxx )13 ނޮވެ ނބަރ 2024( "ކޯޓު އަމުރު" ޕްރޮސިކިއުޓަރ ޖެނެރަލް ގ އޮފީހުގެ ނަންބަރު 2024/52/xxxxxLAB/-196 )12 ޑިސނެ ބަރް 2024( ސިޓީ ދަށު ކޯޓުގެ ނަންބަރު 97/2024/xxxxxxxx )12 ޑިސެންބަރު 2024( "ކޯޓު އަމުރު" ކުޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނާ ޚިލާފަށް އަދި ޚާއްޞަ އިޖުރާއަތާއި އާންމު އިޖުރާއަތު މަސްހުނިނުކުރުމުގެ އުޞެލާއ ޚިލާފަށްކަމުގައި ކަނޑައަޅައި، ދަށު ކޯޓުގ 12 ޑިސނެ ބަރް 2024ގ ކޯޓެ އަމުރު، 05 ޖަނަވަރީ 2025ގައި ބާޠިލުކޮށްފައިވެއެވެ. މީގެ އިތުރުން، އިބްރާހީމް ހާނިފުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ދައުލަތުން ހުށަހަޅައިފިނަމަ، އޭނާގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް އަންގާފައިވެއެވެ.
9ދައުލަތުން 06 ޖަނަވަރީ 2025ގައި އިބްރާހީމް ހަނީފުގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ )ހ(އާ ޙަވާލާދީ، އ މާއްދާގެ )ނ(ގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވު ގެން ޤަޞްދުގައި އަތްލުމުގެ ދަޢުވާއާއި، ޤާނޫނު ނަންބަރ 2014/9 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު(ގެ 622 ވަނަ މާއްދާގެ )ހ(ގ 7 ވަނަ ނަންބަރާއި ޙަވާލާދީ، އެ މާއްދާގެ )ބ(ގެ 2 ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ދަޢުވާ އުފުލެފއިވއެވެ.
10ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/64 ޤެޟެއްޔާއިން ނިންމާފައިވާ ނިންމުމުގި އަލީގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާއަށް ރިޢާޔަތްކޮށް،މ މައްސަލައިގައި އިބްރާހީމް ހާނިފުގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅިދާނެކަމަށް ޤަބޫލުކުރެވޭތީއާއި، އަދި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭތީ، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް 09 ޖަނަވަރީ 2025ގައިދަށު ކޯޓުގެ ނަންބަރ 1/2025/xxxxxxxx "ކޯޓު އަމުރު" )މީގެ ފަހުން "09 ޖަނަވަރީ 2025ގެ އަމުރު"(އިނ އަމުރުކޮށްފައިވެއެވެ.
11މައްސަލަ ހިންގުމުގައި ލަސްވާކަން ފާހަގަކޮށް، ކޯޓުގެ ސަރވަރ ސިސްޓަމަށް ދިމާވެފައިވާ މައްސަލައެއގ ސަބަބުން ޝަރީޢަތް ހިންގުމަށް ދަތިވެފައިވާތީ، އެކަން ޙައްލުކޮށް ޝަރީޢަތް ހިންގޭގޮތް މެދުވެރިވަންދެން ނަމަވެސް، އިބްރާހީމް ހާނިފުގެ ބަންދަށް ލްޔުއް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދި އިބްރާހީމް ހާނިފުގެ ފަރާތުނ 11 ޑިސނެ ބަރް 2025ގައި ސިޓީއެއް ދަށު ކޯޓަށް ހުށަހަޅާފައިވެއެވެ.
12އެ ހުށަހެޅުމާ ގުޅިގެން، އިބްރާހީމް ހާނިފުއަށ ޝަރުޠުކޮށް ވަގުތީގޮތުން ބަންދަށް ލުއިދީ ދޫކޮށްލުމަށް 21 ޑިސެންބަރު 2025ގެ އަމުރުނު،އަމުރުކޮށްފައިވެއެވެ. އެ އަމުރުގައި ބަންދުން ދޫކޮށްލުމަށް އަމުރުކުރި ސަބަބގ ގޮތުގައެ ބަޔާންކޮށްފައިވަނީ "ޝަރީޢަތަށް ދަޢުވާލިބޭ ފަރާތުނެހުށަހަޅާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ޝަރީޢަތް ހިންގުމުގިސީދްދަތކަނ މްކޯޓަށި ކުރިމަތިވެފައިވުމުން، ޝަރީޢތަ ކުރިއަށް ގެންގޮސް ހިންގޭނެ ދުވަސްތަކެއް ޝަރީޢަތުން ކަނޑައެޅުމަށް ދަތިވެފައިވުމުންނާއި، ދިމާވެފައިވާ އިދާރީ މި މައްސަލައަކީ ސީދާ ޝަރީޢަތް މެދުކެނޑުމިއްނެތ ހިންގުމަށް ހުރަސްއެޅުމުގެ އިތުރުން، ޝަރީޢަތްތައް ހުއްޓުމަކަށް އައިސްފައިވާކަމެއ ކަމުގައިވުމުންނާއި، ޝަރީޢަތް ހިންގުމަށް ދިމާވެފައިވާ ދަތިކަމަށ 2 މްސްދުވަސާވެފައިވާއިރު، އެކަމުގެ އަލިމަގެއް ފެންނޭނެ މުއްދަތެއްނެތުމުން، ދައުލަތުގެ ނިޒާމުގެ ތެރެއިން ފުރިހަމަކުރަންޖެހ ކަމެއި)ޤަވާޢިދާއި ޤާނޫނު( ފުރިހަމަވެފައެނެތުމަކޭ، މީހެއްގެ އަސާސީ ޙައްޤުތައް ހިފެހެއްޓީންޖެހ ސަބަބެއް ނޫންކަން ޤާނޫނުއަސާސީއަށް ބެލުމުން އެނގެން އޮތް ހިނދު، ކޯޓުގެ ވްޞިލަތ ނެތުމުން އެ ޙައްޤުތައް ހިފެހެއްޓެން ނެތުމުން، ކޮންމެ މީހަކީވެސް ކުށެއް ނުކުރާމީހެއްގެ ހައް ޞއްޔަތުނ އޮންނަ ފަރާތެއްގެ ގޮތުގައި ބަލަންޖެހޭކަން ޤާނޫނުއަސާސީން ބުނެދޭހިނދު،މި އަމުރަކީ، މ ކޯޓުގ ނަންބަރު 1/2025/xxxxxxx އަމުރުގެ ބާރުވެރިކަންއެކީ ނިމުމަކަށް ގެނެސް ދަޢުވާލިބޭ ފަރާތް ބަންދުނެވީއްލުމަށްވުރެ، ބަންދުގައިވާ ފަރާތުން އެދޭ އެދުމެއްގައި ހިމެނުކަންކަމުގ ސަބަބު ވުޖޫދުވެފައި އޮތެމުން، އެންމެހައި އަސާސީ ޝަފަހީ ހެކިންގެ ހެކިބަސް ފުރިހަމވުފައިވުމާއެކު، މިވަގުތަށ ބަންދަށް ލުޔެއްދިނުމަކީ، ޝަރީޢަތަށް އިއާދަނުކުރެވޭވަރުގެ ބޮޑު ކަމެއް މެދުވެރިވެދާނެ ޙާލަތެއް ނެތުމުން، ޝަރީޢަތް ހިނގުމަށ ވެފައިވް ދަތިފިލުމާއެކ ނުވަތު 30 ދުވަހަށްވުރެ އިތުރު ނުވާނޭހެން، ޤާނޫނު ނަންބަރ 2009/12 )ކުޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ( 30 ވަން މާއްދާގަ އެންމެހައި އަކުރަކަށް ރިޢާޔަތްކޮށް، މި މާއްދާގެ ދަށުން ޝަރުޠުކޮށް ވަގުތީގޮތުން ބަންދަށް ލުއިދީ ދޫކޮށްލުމަށް އަމުރުކުރަމެވެ." މިފަދައިންނެވެ.
13އެނިންމުން ޕްރޮސިކިއުޓަރ ޖެނެރަލގް އޮފީހުގެ ފަރާތުން އިސްތިއުނާފުކުރިއެވެ. މި ބެލެވޭ އިސްތިއުނާފަކީ، 21 ޑިސނެ ބަރް 2025ގައި ދަށު ކޯޓުން ނެރެފައިވާ އަމުރުގެ އިސްތިއުނާފެވެ.
1421 ޑިސެންބަރު 2025ގެ އަމުރުނިންމާފައިވ ގޮތާ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުން އެ ނިންމުން އިސްތިއުނާފުކުރުމަށް އެދެޕްރޮސިކިއުޓަރ ޖެނެރަލގީއޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ 01 )އެކެއް( ނުކުތާއެވެ.އެގޮތުން ހުށަހަޅާފައިވް ނުކުތާއަކާ 21 ޑިސެންބަރު 2025ގެ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، 143 ވުނ މާއްދާގަ )ރ(އާއި، ކުޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އެސލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާއާއި، 28 ވަނަ މާއްދާއާއި، 30 ވަނަ މާއްދާއާއި، 36 ވަނަ މާއްދާއާ ޚިލާފު އަމުރެއްކަމަށ ބުން ހުށަހަޅާފައިވާ ނުކުތާއެކެވެ.
15އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުންޕްރޮސިކިއުޓަރ ޖެނެރަލގީއޮފީހުގެ ފަރާތުން އިސްތިއުނާފި ފޯމުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
15.1. އިސްތިއުނާފުކުރި އަމުރަށް ބެލުމުން އިބްރާހީމް ހާނިފު ބަންދުން ދޫކުރުމަށް ނިންމިއިރު ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ )ރ(އާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ )ނ(ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވަނީ ކިހިނެއްކަން ފަނޑިޔާރުގެ ނިންމުމުގައި ބަޔާންކޮށްފައިނުވާކަމަށާއި،ބަންދަށް ލުޔެއް ދފައިވަނުބުނެވިދިޔަ މާއްދާތަކުގައި ބަޔާންކުރާފަދަ ބަންދުކުރުމަށް ނިންމިއިރު، ވުޖޫދުގައި އޮތް ޙާލަތެއް ބަދަލުވެގެން ނޫންކަމަށާއި، އަދި އެ ނިންމމުގައު މަތި މަރޯޙުލާގެ ކްޓް ތަކުންނިންމާފައިވ ބަންދާ މުރާޖަޢާކުރުމުގެ އެއްވެސ މައްސަލައަކާ ޙަވާލާދީ އެ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އެއްވެސްކަމެއ ފުރިހަމަވާކަން ނުވަތަ ނޫންކަން ބަލައި ވަޒަންކޮށްފައިނުވާކމަށެވެ.
15.2. އިބްރާހީމު ހާނިފް ބަންދުން ދޫކުރުމަށް ނިންމީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އެސލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނީ މާއްދާގަ އެންމެހައި އަކުރަކަށް ރިޢާޔަތްކޮށްކަމަށް އިސްތިއުނާފުކޮށްފައިވާ އަމުރުގައި ބަޔާންކޮށްފައިވީނަމަވެސް، އެ މާއްދާއަކީ އެ ޤާނޫނުގެ ދަށުން މީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދުމާގުޅޭ މާއްދާއެއްކަމަށާއް، އެ މާއްދާއަށް ރިޢާޔަތްކޮށޮއިބްރާހީމް ހާނިފީބަންދުން ދޫކށްފައިވަނަކޮނ ޤާނޫން ސަބަބެއް އޮވެގެންކނ ސާފުނުވާކަމަށެވެ.
15.3. އިބްރާހީމު ހާނިފް ބަންދުން ދޫކުރުމަށް ކޮށްފައިވާ އަމުރުގައި އިބްރާހީމް ހާނިފު ބަންދުކުރީ ކުޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އެސލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 28 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 36 ވަނަ މާއްދާއަށްއެއްވެސ މިންވަރަކަށް ރިޢާޔަތްނުކޮށް ކަމަށާއި، އިބްރާހީމް ހާނިފު ބަންދުން ދޫކުރީ އެ މާއްދާގައި ބަޔާންކުރާ ސަބަބު ދެމި އޮއްވައި، އެކަމަށް ރިޢާޔަތްނުކޮށްކަމަށާއި،ދަށު ކޯޓުނިއިބްރާހީމ ހާނިފް ބަންދުން ދޫކުރި އަމުރުގައި ބަޔާންކުރަނީ ކޯޓުގެ އިދާރީ މައްސަލައެއްގެ ސަބަބުން މައްސަލަ ލަސވާނެކަމަށް ބެލެވޭތީ )ކޯޓުގ ސާރވަރ ހަލާކުވުމުގެ ސަބަބުން މައްސަލަ ހިންގުން ލަސްވުން( ބަންދުން ދޫކށްލުމަށ ކަމަށާއި، އެ ސަބަބަކީ މި ބާވަތުގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ބަންދުން ދޫކުރުމަށް ޤާނޫނު ދަންނަ ސަބަބެއް ނޫންކަމަށެވެ.
15.4. އިބްރާހީމް ހާނިފުގެ މައްޗަށް ކުރެވޭ ތުހުމަތަށް ބަދަލެއް ނާންނަކަމަށާއި،ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އެސލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކުރާ އިފްތިރާޟްގެ އިތުރުން، މައްސަލައިގައި ހިމެނޭ ހެކިންނަށުތަޙޤީޤ މަރުޙަލާގައި ނުފޫޒު ފޯރުވުމަށް މަސައްކަތްކުރިކަމުގެ ހެކިވެސް މައްސަލައިގައި ހުށަހެޅިފައިވާކަމަށާއި،އެހެނ ނަމަވެސް އިބްރާހީމް ހާނިފު ބަންދުކުރުމަށްދަށ ކޯޓުނު އަމުރުކޮށްފައިވަނީ އެއިން އެއްވެސްކަމަކަށް ރިޢާޔަތަނުކޮށކމަށެވެ.
15.5. ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގައި ޢަމަލުކުރަންވީ ގޮތް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/93 ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2024/SC-A/09 ޕްރޮސިކިއުޓަރ ޖެނެރަލް ވ.ޢި ރުފާން ތަޤިއްޔުޤަޟިއްޔާގައި ކަމަށާއި، މިކަން އެ ކޯޓުގެ ނަންބަރ 2024/SC-A/19 ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލްޤަޟިއްޔާގައި ކަނޑައަޅާފައިވާކަމަށާއި، މިކަން ތަޠުބީޤުކުރާއިރު، މި މައްސަލައިގައި އިބްރާހީމް ހާނިފަޝަރީޢަތ ނިމެންދެން ބަންދުގައި ބަހައްޓާފައިވާ ސަބަބަކީ އޭނާގެ ފުށުން މުޖުތަމުޢއަށ ނުރައްކަލެއް އޮތުމުންނާއި ހެއްކަށް ނުފޫޒެފޯރުވަފާނެތީކަމަށާއި، މިފަދަ ކަމެއްގެ އިހުތިމާލު އޮތްތޯ ނުވަތަ ނޫންތޯ ބަލަންވާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރ 2020/SC-A/93 ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައިވާ ފަދައިން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބެއް ވުޖޫދުވުން އެފަދަ ސަބަބެއް ވުޖޫދު ނުވުމަށްވުރެ ގާތްކަން ބޮޑު ކަމުގެ މައްޗަށްކަމަށެވެ.
15.6. ކެޑަކުއްޖަކަށ ޖިންސް އަނިޔާކުރިކަމުގެ ތުހުމަތު އެޅިފައިވާ މީހަކު ކުއްޖަކު ދިރިއުޅޭ މާހައުލަށް ނުވަތަ ކުޑަކުދިން ދިރިއުޅޭ މާހައުލަކަށް ދޫކޮށްލަންވާނީ އްޙެ ލަތަށ ބަދަލް އައިސްފައިވާކަމަށ ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަކަމަށާއި، އެ ޙާލަތުތަކަށް ބަދަލު އައިސްފައިވާގޮތް ފަނޑިޔާރުގެ ނިންމުމުގައި ސާފުކޮށް ބަޔާންކުރަންވާނެކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2024/SC-A/19 ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް ޤަޟިއްޔާގައި ފާހަގަކުރާއިރު، މި ނިންމުމުގައި ޙާލަތު ބަދަލުވެފައިވާގޮތް ފާހަގަކޮށްފައިނުވާކމަށެވެ.
15.7. ޝަރީޢަތް ދިގުލައިގެން ދިޔުމަކީ އޭގެ ޒާތުގައި މީހއެބަންދުނ ދޫކުރުމަށް ހަމައެކަނި ރިޢާޔަތްކުރެވޭނެ ސަބަބެއް ނޫނާކަމެށައި، ބަންދުގައި ގިނަ ދުވަސްވިނަމަވެސް އެ މީހެއްގެ ފުށުން މުޖުތަމެޢއަށ ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއްނޫންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2024/SC-A/09 ޕްރޮސިކިއުޓަރ ޖެނެރަލް ވ.ޢި ރުފާން ތަޤިއްޔު ޤަޟިއްޔާގައި ބަޔާންކުރާކމަށެވެ.
15.8. މ މައްސަލައިގައި އަލުން ހެކިބަސް ނަގަންޖެހިފައިވާކަމީ މައްސަލައިގައި ފެންނަން އޮތް ހަޤީޤަތެއްކަމުގައިވާއިރު، ހެކިން ހާޒިރުކުރަންޖެހޭ ޙާލަތެއް ކުރިމަތިވެފައިވާއިރު، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތްކަމަށާއި، އިބްރާހީމް ހާނިފު ބަންދުކުރި ސަބަބު ދީމިއޮއްވައި، އެއްވެސް މުހުލަތެއްނެތްގޮތަށ އިބްރާހީމް ހާނިފް ބަންދުން ދޫކުރުމަށް އަމުރުކޮށްފައިވަނ ބަންދު މުރާޖަޢާކުރުމުގެ އުޞޫލާ، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފަށްކަމަށެވެ.
16ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދިފައިވަނެދަށ ކޯޓުނު ނެރެފައިވާ ކޯޓު އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، 143 ވުނ މާއްދާގަ )ރ(އާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އެސލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާއާއި، 28 ވަނަ މާއްދާއާއި، 30 ވަނަ މާއްދާއާއި، 36 ވަނަ މާއްދާއާ ޚިލާފު އަމުރެއްކަމަށް ކަނޑައަޅައި، ދަށު ކޯޓުން ނެރެފައިވާ ކޯޓު އަމުރަކީ ބާޠިލު އަމުރެއްކަމަށް ކަނޑައަޅައި، އިބްރާހީމް ހާނިފު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްދިނުމަށެވެ.މިފަދައިން އަމުރެއް ނެރެދެވެންނެތްނަމަ، މި މައްސަލައިގައ 21 ޑިސނެ ބަރް 2025ގ އަމުރެ ބާޠިލުކޮށް، 09 ޖަނަވަރީ 2025ގުއަ ނެރެފައިވާ އަމުރު ވަގުތީ ގޮތުން ހުއްޓުމަކަށް ގެނެސްފައިވާތީ، 21 ޑިސނެ ބަރް 2025ގެ އަމުރު ބާޠިލުކުރުމުން، 09 ޖަނަވަރީ 2025ގެ އަމުރުގެ ބާރު އޮތްކަމަށް ކަނޑައަޅައިދިނުމަށެވެ.
17އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އިސްތިއުނާފ ރައްދުވާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
17.1. އިސްތިއުނާފު ރައްދުވު ފަރާތުން ބުނެފައިވަނީ މިފަދަ ޖިނާއީ ބޮޑު މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ބަލަނީ މައިގަނޑު 02 )ދޭއް( ކަމެއްގެ މައްޗަށެކަމަށާއި، އެއީ ހެކިންނަށް ނުފޫޒު ފ ރުވިމުގެ އިޙްތިމާލު އޮތުމުގެ މައްޗަށާއެ، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްޗަށްކަމަށެވެ.
17.2. ކޯޓުގެ ސަރވަރ ސިސްޓަމަށް ދިމާވެފައިވާ މައްސަލައަކާއި ގުޅިގެންއިސްތިއުނާފު ރައްދުވާ ފަރާތް ގިނަ ދުވަސްތަކެއް ވަންދެން ޝަރީޢަތް ނުހިންގާ ބަންދުގައި ހުރުމަކީ ޤަބޫލުކުރެވޭކަމެއ ނޫންކަމްށެވް. ކޯޓުގެ ސަރވަރ ސިސްޓަމަށ މައްސަލް ޖެހި ޝަރީޢަތް ބޭއްވެނ ނެތްކަމަށް އިސްތިއުނާފަ ރައްދުވު ފަރާތުން ސިޓީ ފޮނުވާފައިވަނީ ދަށު ކޯޓުން ދިން މަޢުލޫމާތުގެ މައްޗަށ ކަމށެވ. އަދި އިސްތިއުނާފު ރައްދުވު ފަރާތުން އެދެނީ ދަށު ކޯޓުގެ މައްސަލަ އަވަސްކޮށްދިނމަށެކަ މަށެވެ.
17.3. ދައުލަތުގެޒިނިމާއަކީ ހަމައެކަނި މައްސަލަ ހުށަހަޅާ ބަނދުގައ މީހުން ބޭތިއްބުން ނޫންކަމަށެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުން އެ މައްސަލަ އަވަސްކޮށްދިނުމަށް އެދި ތަކުރާރުކޮށް ޝަކުވާގެ ސިޓީ ހުށަހަޅާފައިވާނެކަމަށެވެ. އެ މައްސަލައިގައި ހިމެނެނީ 18 )އަށާރަ( ވަރަކަށް ޝަފަހީ ހެކިން ކަމަށާއި، އޮންލައިކޮށް ޝަރީޢަތް ހިންގައިގެންވެސް މައްސަލައަވަސްކުރެވޭނެ ކަމަށާއި، އެ މައްސަލަ ނުނިމި ލަސްވަމުންދަނީ ދަށުކޯޓުގެ ފަރުވާކުޑަކަމާއިއިޙުމާލުގެ ސަބަބުންކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭކަމަށެވެ. ދަށުކޯޓުގެޝަރީޢަތުގެ އަޑުއެހުންތައް ތާވަލުކުރެވުނު ނަމަވެސް، އަޑުއެހުން ބޭއްވިފައިވަނީ މަދު ދުވަސްތަކެއްގައި ކަމަށާއި، މިހާތަނަށް ހެކިބަސް ނެގުމަށް ބޭއްވިފައިވަނީ 02 )ދޭއ( އަޑުއެހުންކަމަށާއި،އަދި ނެގިފައިވަނީ 07 )ހަތެއް( ނުވަތަ 08 )އަށެއް( ހެކިވެރިންގެ ހެކިބަސްކަމަށެވެ.
17.4. މީގެ އިތުރުން، މިހާތަނަށް ނެގިފައިވާ ހެކިބަހުގެ ރެކޯޑުވެސް ގެއްލި ރިކަވަރެނުކުރެވިދާނެކަމުގ މަޢުލޫމާތ ދަށުކޯޓުން އިސްތިއުނާފު ރައްދުވާ ފަރާތާ ހިއްސާކޮށްފައިވާކަމށާއި، މިޙާލަތުގައި އަލުން ހެކިބަސް ނަގަން ޖެހުމުގެއްހި ތިމާލުވެސ އޮތުމުގެ ސަބަބުން އަނެއްކާވެސް އެ މައްސަލަ ލަސްވި މައްސަލަ ނިމޭނެ ތާރީޚެއް ނޭނގި، އިސްތިއުނާފު ރައްދުވާ ފަރާތްބަންދުގައި ހުންނަންޖެހުމުނ އެފަރާތަށް ނުހަނު ގެއްލުންވާނެކަމަށެވެ.
17.5. 21 ޑިސނެ ބަރް 2025ގެ އަމުރުގައި އޭގެ ކުރިން އެ ކޯޓުން ނެރެފައިވާ 09 ޖަނަވަރީ 2025 އަމުރު ބާޠިލުކޮށްފައިވާކަމުގައި ނުދެކޭކަމަށާއި،އިސްތިއުނާފ ކޮށްފައިވު އަމުރާ ބާޠިލުކަމަށް ކަނޑައެޅުމުގެ ނަތީޖާއަކަށްވާނީ ކުރީގެ އެ ކޯޓުގެ އަމުރާދެމިގެންދިޔުންތޯ ޝަރީޢަތުން ސުވާލުކުރުމުން، ބަންދު މުރާޖަޢާކޮށް ނެރެފައިވާ އަމުރުން، ކުރީގެ އަމުރު ބާޠިލުވެފައިވކަމަށ ނުދެކޭކަމަށް ބުނެފައިވެއެވެ.
18އިސްތިއުނާފ ރައްދުވު ފަރާތުން އެދިފައިވަނީ މިހާރުއޮތ ޙާލަތަށް ބަލައި، ނެރެފައިވާ އަމުރަކީ ރަނގަޅަށް ނެރެފައިވާ އަމުރެއްކަމަށް ކަނޑައަޅައިދިނުމަށެވެ.
19ދައުލަތުން ކުޅަ މި އިސްތިއުނާފުގެ އަލީގައި، ޝަރީޢަތުން ޖަވާބުދޭންޖެހޭނީ އަންނަނިވި ސުވާލުތަކަށް ކަމުގައި ދެކެމެވެ. އެއީ،
19.1. ދަށު ކޯޓުގެ 21 ޑިސނެ ބަރް 2025ގެ އަމުރަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނާ ޚިލާފު އަމުރެއްތޯއާއި،
19.2. މ އަމުރި ނެރެފައިވަނީ މި މައުޟޢޫ ގައި މަތީ މަރުޙަލާގެ ކޯޓުތަކުން ޤާއިމުކޮށްފައިވާ އުޞޫލުތަކާ ޚިލާފަށްތޯއެވެ.
20ޕްރިސިޑެންސް 1މާ މައްސަލައިގައި އިބްރާހީމް ހާނިފް ޝަރީޢަތު ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ޚައްޞަ ޤާނޫނަށް ޙަވާލާދީއެވެ. އެއެކުޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެޤާނޫނެވެ. އިބްރާހީމް ހާނިފުގިމައްޗަށް ކުރެވޭ ތުހުމަތުގައިމ ޤާނޫނުގެ ދަށުނ ތުހުމަތުކުރެވޭ ކުށެއް ހިމެނެއެވު.އަދިއިބްރާހީމް ހާނިފްޝަރީޢަތ ނިމެންދެން ބަންދުކުރުމަށް 09 ޖަނަވަރީ 2025 ގެ އަމުރުންނިންމާފައިވަނީވެސް މި ޤާނޫނާ ޙަވާލާދީއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށަ ޢަމަލުކުރުމުގެ ޤާނޫނުން ހާސިލުކުރަން ބޭނުންވާ މަޤްޞަދުތަކުގެ ތެރޭގައި، މުޖުތަމް ޢްގައ ހިމެނި ކުޑަކުދިންނަށް ނުރައްކާތެރިކަމެއް ވެދާނެ މީހުންގެ ކިބައިން، އެ ކުދިން ރައްކާތެރިކޮށް، އެގޮތުގައި އެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން، ތަޙްޤީޤު މަރުޙަލާގައާއި ޝަރީޢަތުގެ މަރުޙލާގައަ ބަންދުގައި ބޭތިއްބުމާއި، ކުށުގެ އަދަބުން މިންޖުވުމަށްފަހުވެސް ވަކކަހަލި ނިޒާމެއްގެ ތެރެއިން ބެލެހެއްޓެމުންދާގޮތ ހެދުން ހިމެނެއެވެ.
21މި ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ ޤާނޫނުން ހާސިލުކުރަން ބޭނުންވާ މަޤްޞަދުތަކަށް ބަލާއިރު، މި ޤާނޫނުގެ މާއްދާތައް ތަޠުބީޤުކުރަންޖެހޭނީ މި ޤާނޫނުން ހާސިލުކުރަން ބޭނުންވާ މަޤްޞަދު އެންމެ ފުރިހަމައަށި ހސިލުވާނެފަދަ ގޮތަކަށް، އެ މަޤްޞަދުތަކަށް އިސްކަންދީގެންކަމުގައ ބަލަންޖެހެއެވެ.
22މި މައްސަލައިގައި ދައުލަތުގެ ފަރާތުން އުފައްދާ ބަހުސްގެ ތެރޭގައި ހިމެނޭ އެއް ބަހުސްކީ، އިބްރާހީމު ހާނިފްޝަރުޠުކޮށ ބަންދުން ދޫކޮށްލުމށަ 21 ޑިސނެ ބަރް 2025ގެ އަމުރުނީނިންމި ނިންމުން ބިނާކޮށްފައިވަނެކުޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއަށް ކަމުގައިވާއިރު، މި ޙާލަތަށް މި މާއްދާ ތަޠުބީޤުނުކުރެވޭނެކަމުގެ މައްޗަށެވެ.
23ޕްރިސިޑެންސް 2ކެޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެޤާނޫނުގ ދަށުން މީހެއްގެ މައްޗަށް ތުހުމަތުކުރެވޭހިނދު، މި ޤާނޫނުގައި އެ މީހެއްގެ ބަންދާމެދު ގޮތް ކަނޑައެޅުމުގެ އުޞޫލުތައް ތިރީގައި ޚުލާޞާކުރީމެވެ.
23.1. މ ޤާނޫނުގި ދަށުން ކުށެއްގެ ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށ ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި، އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް ބަލައި، ތަޙްޤީޤް ގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށް، ފަނޑިޔާރަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ )ހ( މަގުފަހިކޮށްދިނުމަށްޓަކައި، އެ ޙައްޤު އެ މިންވަރަށް މި ޤާނޫނުގެ ބޭނުމަށްޓަކައި ހިފެހެއްޓިގެންވާކަން މި ޤާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކުރާކަން
23.2. މި ޤާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީޙައްޤުތައް ހިފެހެއްޓިފައިވަނީ، ޤާނޫނުއަސާސީގެ 16 ވެނ މާއްދާގަ )ށ(ގެ ދަށުންކަން މި ޤާނޫނުގް 29 ވަން މާއްދާގައި
23.3. މި ޤާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން، ބަންދުގައި ދެމެހެއްޓުމުގެ އަމުރެއް ހޯދުމަށް، ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅައިދިނުން އެދި، ކޮމިޝަނަރ އޮފް ޕޮލިސްއަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާތުގައި އެދެވިދާންކަމާއި، މިފަދަ އެދުމެއް ހުށަހަޅައިފި ހިނދެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލް ބަލަންޖެހޭ މިންގަނޑުތަކުން ބެލުމަށްފަހު، ވީއެންމެއަވަސ ފުރުޞަތެއްގެ ތެރޭގައި، އެފަދަ އަމުރަކަށް އެދި ކޯޓަށް މައްސަލެހުށަހަޅަންވާނެކަން މ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާކަން
23.4. ޕްރޮސިކިއުޓަރ ޖެނެރަލް، ކޯޓުގެ އަމުރަކަށް އެދި ހުށަހަޅާ މައްސަލައެއްގައި، މުޖުތަމަޢުގައި ހިމެން ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުނިވާކަމާއި،ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ ބަންދުގައި ނުބަހައްޓައިފިކަމަށްވާނަމަ، އެފަދަ ކުށެއް އަލުން ތަކުރާރުކޮށްފާނެކަން، ނުވަތަ މައްސަލައިގެ ހެކި ފޮރުވަފާނެކަން، ނުވަތަ ހެކީންނަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފާނެކަނ ޕްރޮސިކިއުޓަރ ޖެނެރަލް، ކޯޓަށް ސާބިތުކޮށްދޭންވާނކަން މި ޤާނޫނުގެ 31 ވަން މާއްދާގައި
23.5. މިފަދަ އަމުރެއް ނެރުމުގައި ކޯޓުން ރިޢާޔަތްކުރަންވީ ކަންކަން، މި ޤާނޫނުގެ 32 ވަން މާއްދާގައި
23.6. ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާގައި މީހަކު ބަންދުގައި ދަމަހައްޓަން ކޯޓަށް ފެނިއްޖެނަމަ، ބަންދުގައި ދެމެހެއްޓުމުގެ އަމުރެއް ކޯޓަށް ކުރެވިދާނުކަމާއި، މުއަމުރ ނިމުމަކަށްގެނެވޭނީ ކުށުގެ ޝަރީޢަތުގެ ފުރަތަމަ މަރުޙަލާ ނިމުމުން ނުވަތަ އެ އަމުރު ނެރުނު ކޯޓުން އެ އަމުރު ބާޠިލުކުރުމުންކަމާއި، މިފަދްއަމުރެއް ނެރޭއިރު، އެ އަމުރު ނެރެން ކޯޓުނ ބުރަވި ސަބަބުތައް ތަފްސީލުކޮށް ބަޔާނެކުރަންވާނކަން މި ޤާނޫނުގެ 35 ވަން މާއްދާގައި
23.7. ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން، މީހަކު ބަންދުގައި ދެމެހެއްޓުމަށް ކޮށްފައިވް އަމުރެއްގެ ދަށުން މީހަކު ބަންދުގައި ހުރި މުއްދަތު ދިގުވެއްޖެކަމަށ ކޯޓަށް ފާހަގަކުރެވިއްޖެކަމަށްވާނަމަ، ނުވަތަ އެމީހެއްގެ ބަލަދުވެރިންގެ ފަރާތުން އެފަދަ މައެސަލައެއ ކޯޓަށް ހުށަހަޅައިފިކަމަށްވާނަމަ، ކޯޓުން އެ މައްސަލަ މުރާޖަޢާކުރަންވާން ކަމާއި، މައްސަލައެއް މުރާޖަޢާކުރުމުގައި، އެ މައްސަލައިގައި އެހާތަނަށް ކުރެވިފައިވާ މަސައްކަތާއި އެމައްސަލައިގައި ހޭދަވެފައިވާ ވަގުތާއި، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާއާމެދު ކަންކަންކުރެވެމުންދާ ގޮތާބެހޭގޮތުނ ފުލުހުންނާއި ކުށުގެ ތުހުމަތުކުރެވިފައިވާ މީހާގެ ހާޒިރުގައި ޝަރުޢީ މަޖިލީހެއގައް މި މަޢުލޫމާތު ސާފުކުރަންވާނެކަމާއި،މައްސަލައެއް ކޯޓުން މުރާޖަޢާކުރާއިރު، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާއަކީ، ތަޙްޤީޤުގެ މަރުޙަލާގައާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުން މީހެއް ނޫންކަމަށް، ނުވަތަ އޭނާ ބަންދުގައި ދެމެހެއްޓުމަށް އަމުރުކުރިއިރު އޮތް ޙާލަތު މިހާރްބަދަލުވެއްޖެކަމަށް، ކޯޓަށް ފެނިއްޖެކަމަށްވާނަމަ، ނުވަތަ އެ އަމުރު އެގޮތަށް ދެމެހެއްޓުމުގެ ބޭނުމެއް އިތުރަށް ނެތްކަމަށް ކޯޓަށް ފެނިއްޖެކަމަށްވާނަމަ، އެ ހިސާބުން އެ އަމުރު ބާޠިލުކުރުމުގެ ބާރު ކޯޓަށް ލިބިގެން ވާކަން މި ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާކަން
24ބަޔާންކުރަނިވި ނައްސުތަކުން ފާޅުވާ އެއް ޙަޤީޤަތަކީ، އާންމު އުޞޫލުން ޖިނާއީ މައްސަލަތަކާ ގުޅިގެން މީހުން ބެނދުގައި ބައިތިއްބަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު(ގެ 60 ވަނަ މާއްދާގައިވާ ގޮތުގެ މަތިންކަމުގައިވީނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 28 ވަނަ މާއްދާއިން، އެ ޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަކުރެވޭ މީހުން ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކުރުމަށް ފަނޑިޔާރު މަގުފަހިކޮށްދިނުމަށްޓަކައި، އެ މީހުންނަކީ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ، އަދި ހެކި ފޮރުވުމަށ ނުވަތް ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ މީހުންކަމުގައ ބަލައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ލިބިދޭ ރައްކާތެރިކަން ޤާނޫނުގެ ދަށުން ހިފަހައްޓާފައިވާ މީހުންނެވެ. މީގެ މާނައަކީ، ކުޑަކެދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން މީހެއްގެ މައްޗަށ ތުހުމަތު އުފލުހިނދު، އެ މީހަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ޙެލަތްތަކުނ ކުރް ހެކި ފޮރުވުމަށް ނުވަތަ ހެކިބަސާ ދޭންހުރި މީހަކަށް ނުފޫޒްއް ފޯރުވާނެ އަދި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވާނ މީހެއްކަމުގައި އިފްތިރާޟްކޮށް، އެ މީހަކު ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބަހައްޓަން ޤާނޫނުން މަގުފަހިކޮށްދޭކަމެވެ.
25ޕްރިސިޑެންސް 3ބަޔާންކުރަނިވިނައްސުތކުނަފާޅުވާ އަނެއް ޙަޤީޤަތަކީ، ކެޑަކުދިންނަށު ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގަޤާނޫނުގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއްގެ ބަންދުގެ މުއްދަތު ދިގުވެއްޖެކަމަށ ކޯޓަށް ފާހަގަކުރެވޭނަމަ، ނުވަތަ ބަންދުގައ ހުރި މީހެއްގެ ފަރާތުން އެކަން ހުށަހަޅައިފިނަމަ، ބަންދު މުރާޖަޢާކުރުމުގައި ޢަމަލުކުރަންޖެހޭނީ ޤާނޫނުގެ 36 ވަނަ މާއްދާއަށްކަމަށާއި، މިގޮތުން ބަންދު މުރާޖަޢާކުރާއިރު، ކުށުގެ ތުހުމަތުގައިވާ މީހާއަކީ، ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުން މީހެއްނޫންކަމަށް، ނުވަތަ އޭނާ ބަންދުގައި ދެމެހެއްޓުމަށް އަމުރުކުރި ޙާލަތު ބަދަލުވެއްޖެކަމަށ ކޯޓަށު ފެނިއްޖެނަމަ، ނުވަތަ އ އަމުރު ދެމެހެއްޓުމުގެ ބޭނުމެއް އިތުރަށް ނެތްކަމަށް ފެނިއްޖެނަމަ، ބަންދުގައި ބެހެއްޓި އަމުރު ބާޠިލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވާކަމެވެ.
26ޕްރިސިޑެންސް 4ކުށެއްގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގައި ޢަމަލުކުރަންވީގޮތ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/93 ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. މި ޤަޟިއްޔާގައިވަނީ ކުށުގެ ތުހުމަތުގައވ މީހަކު ބަންދުކުރުމުގައި ފަނޑިޔާރު ފުރަތަމަ ބަލަންޖެހެނީ،އެ މީހަކު ކުރި ކަމަށް ތުހުމަތު ކުރެވުނު ކުށް، އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިތޯ ނުވަތަ ނޫންތޯއެވެ. ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިނަމަ، ދެން ބަލަންޖެހެނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫންކަމެވެ. އެފަދަ ޙާލަތެއް ވުޖޫދުވެފައި އޮތްތޯ ބެލުމުގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13ވަނަ މާއްދާގެ )ނ(ގައި ބަޔާންވެގެންވާ ކަންކަމަށް ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭނެކަމެވެ.
27މި ޤަޟިއްޔާއަށް މި ޙަވާލާދެނީ، ބަންދު މުރާޖަޢާކުރާއިރުވެސް،ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރ 2020/SC-A/93 ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ޝަރަހަކޮށްދީފައިވާއުޞޫލުތަކަށް ޢަމަލުކުރަންޖެހޭނެކަމަށުދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2024/SC-A/09 ޕްރޮސިކިއުޓަރ ޖެނެރަލް ވ.ޢި ރުފާން ތަޤިއްޔު ޤަޟިއްޔާއާއި، އެއަށް ފަހު ނިންމާފައިވާދިވެހިރާއްޖޭގެސުޕްރީމ ކޯޓުގެ ނަންބަރ 2024/SC-A/19 ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް ޤަޟިއްޔާގައި ކަނޑައަޅާފައިވާތީއެވެ.
28މި ޤަޟިއްޔާގައިވަނީ،ބަންދު މުރާޖި ޢެކުރާއިރު ބަންދުކުރި ޙާލަތު ބަދަލުވެފައިވޭތޯ ބެލުމުގައި ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވާ ޙާލަތްތަކުންކުރެ ފުރަތަމަ ބަންދުކުރިއިރު ވުޖޫދުވެފައި ހުރި ޙާލަތުތަކަށް ބަދަލު އައިސްފައިވޭ ތޯކަމަށާއި، ކުޑަކުދިންނަށް ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތު އެޅިފައިވާ މީހަކު، ކުއްޖާ ދިރިއުޅޭ މާހައުލުން، ނުވަތަ ކުޑަކުދިން ދިރިއުޅޭ މާހައާލްކަށް ދޫކޮށްލުމުގެ ކުރިން، އަދި މަރުގެ މައްސަލަތަކުގައި މަރުގެ ކުށުގެ ތުހުމަތު އެޅިފައިވާ މީހަކު، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރިކަމުގެ ތުހުމަތު އެޅިފައިވާ މީހަކު، އަދި ތޫނުއެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ ކަމުގެ ތުހުމަތު އެޅިފައިވާ މީހަކީބަންދުން ދޫކޮށްލެންވާނަ އުޙލަތަށ ބަދަލް އައިސްފައިވާކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަކަމާއި، އެޙާލަތުތަކަށ ބަދަލް އައިސްފައިވާ ގޮތް ފަނޑިޔާރުގެ ނިންމުމުގައި ސާފުކޮށް ބަޔާންކުރަންވާނެކަމުގައެވެ.
29ޕްރިސިޑެންސް 5ބްނިދް މުރާޖަޢާކުރުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ރިޢާޔަތްކުރަންޖެހޭ މިންގަނޑުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު، އިސްތިއުނާފުކުރެވިފައިވާ މައްސަލައާ ދާދި އެއްގޮތް، އެހެނީ އެއް ޤާނޫނެއް ޝާމިލުވާ މައްސަލައެއް ކަމުގައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ 2024/SC-A/13 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲޤަޟިއްޔާ ގައި ކަނޑައަޅާފައިވާ އުޞޫލަކީ،ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކުރާ މީހާއަކީ ޚާއްޞަ އިޖުރާއަތެއްގެ ދަށުން ބަންދުކުރި މީހެއްކަމުގައިވެފައި، އެ ޚާއްޞަ އިޖުރާއަތުގެ ދަށުން ބަންދުކުރާ މީހަކީ ހެކި ފޮރ ވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވާނެ، އަދި މުޖުތަމްޢް ގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރާނެ މީހެއްކަމުގައި އިފްތިރާޟްކުރެވޭ ހިނދު، އެންމެ ކުޑަމިނުން އެފަދަ މީހަކު ބަންދުން ދޫކުރެވޭނީ އެ މީހަކު ބަންދުގައި ބެހެއްޓުމަށް ނިންމި ސަބަބުތައް އެގޮތުގައި ނެތުން މ ކަމުގައެވެ. އަދި މީހަކު ޝަރީޢަތް ނުނިމި ލަސްވުމުގެ ސަބަބުން ގިނަދުވަސްތަކެއް ވަންދެން ބަންދުގައި ހުރުމަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަން މާއްދާގަ )ނ(ގެ ބޭނުމަށްޓަކައި، އެ މީހަކު )ޝަރުޠުތަކާއެކު ނަމަވެސް( ބަންދުން ދޫކޮށްލުމަށު އެކަށޭނަ ޤާނޫނީ ސަބަބެއް ނުވަތަ ހުއްޖަތެއްނޫންކަމުގައެވެ.
30މ އިސްތިއުނާފުކުރެވި މައްސަލައިގައި އިބްރާހީމް ހާނިފް ޝަރީޢަތު ނިމެންދެން ބަންދުކުރުމަށް ނިންމާފައިވްނުއިބްރާހީމ ހާނިފް ބަންދުން ދޫކޮށްލައިފިނަމަ މީނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއ ކުރިމަތިވެދާނެކަމަށް ފެންނާތީއާއި، ހެކިބަސްދޭން ތިބި ފަރާތްތަކަށް ނުފޫޒު ފީރިވާނެކަމަށް ފެންނާތީ ކަމގައު ބަޔާންކޮށެވެ.މ އިސްތިއުނާފި ބިނާވާ، އިބްރާހީމް ހާނިފް ޝަރުޠުކޮށް ބަންދުން ދޫކޮށްލި އަމުރަށް ބަލާއިރު، މ އަމުރަ ބިނާވަނީ އިބްރާހީމް ހާނިފު ޝަރީޢަތް ނިމެންދެން ބަންދުކުރި ކުރުން، މުރާޖަޢާކުރުމަށް އިބްރާހީމް ހާނިފުގެ ފަރާތުން ހުށަހެޅި ހުށަހެޅުމްކ ގުޅިގެނިކޯޓުނ ނިންމް ނިންމުމެއްގެ މައްޗަށެވެ.މ ނިންމުނި ނިންމުމުގައެކުޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއަށް ރިޢޔތްކޮށްފައިވާކަމުގައި ބަޔާންކޮށްފައިވެއެވެ.
31އެހެނަސް،ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއަކީ، މި ޤާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މިހާ ތަޙްޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރް ޙާލާ ނިމެންދެން، ބަންދުގައި ދެމެހެއްޓުމުގެ އަމުރެއް ހޯދުމަށ އެދް އެދުމުގެ އިޖުރާއަތެވެ. މި ޤާނޫނުގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވ މީހެއްގެ ބަންދު މުރާޖިޢ ކުރުމަށް މީޤާނޫނު ތަސައްވުރުކުރ މިންގަނޑާ ބަޔާންކުރަނމ ޤާނޫނުގެ 36 ވަނަ މާއްދާގައެވެ. އެ ޙާލަތަށް ތަޠުބީޤުވާނީ މ ޤާނޫނުގެ 36 ވަނަ މާއްދާގައި ބުނާ ޙާލަތްތަކެވެ. އެއީ،މި ނިންމުމގ 25 ވަނަ ނުކުތާގައި ބަޔާންކުރި ފަދައިން، ކޯޓުން ބަންދު މުރާޖަޢާކުރުމުގައި، ކުށުގެ ތުހުމަތުގައިވާ މީހާއަކީ، ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުން މީހެއްނޫންކަމަށް، ނުވަތަ އޭނާ ބަންދުގައި ދެމެހެއްޓުމަށް އަމުރުކުރި ޙާލަތު ބަދަލުވެއްޖެކަމަށް ނުވަތަ އެ އަމުރު ދެމެހެއްޓުމުގެ ބޭނުމެއް އިތުރަށް ނެތްކަމަށް ކޯޓަށް ފެނި، ބަންދުގައި ބެހެއޓ އަމުރި ކޯޓުނު ބާޠިލުކުރުމެވެ.
32މި އިސްތިއުނާފުކުރެވޭ އަމުރުގައި، ބަންދު މުރާޖަޢާ މިންގަނޑު މި ޤާނޫނުގެ 36 ވަނަ މާއްދާގައި ކަނޑައެޅިފައިވާ އިޖުރާއަތުން ވަޒަންކުރަންޖެހޭއިރު، އިބްރާހީމް ހާނިފް ބަންދު މުރާޖަޢްކުރުމަށ ހުށަހެޅި ހުށަހެޅުމުގެ މައްޗަށް ދަށު ކޯޓުނެކުޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއަށް ރިޢާޔަތްކުރިކުރުމަކީ، ޤާނޫނު ތަސައިވްރުކުރ ގޮތާ ޚިލާފަށާ ރިޢާޔަތްކުރިކުރުމެއ ކަމުގައް ދެކެމެވެ. ބަންދު މުރާޖަޢާކުރުމަށް އެދޭ ހުށަހެޅީ ހުށަހެޅުމާއި ގުޅިގެނި ގޮތެއް ކަނޑައަޅަންޖެހޭނެކުޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގައިވާ ޙާލަތުންކުރެ ޙާލަތެއް ވުޖޫދުގައިވޭތޯ ބަލައި،ބަޔާންކުރަނިވ މަތި މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ތަރަހިއިގަ ތެރެއިންނެވެ. އެހެނަސް، މި މައްސަލައިގައެކުޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ ނަޒަރުން، އެފަދަ ޙާލަތެއް މެދުވެރިވފައިވޭތ ނުވަތަ ނޫންތޯ ބަލައި، ވަޒަންކޮށްފައެއް ނުވެއެވެ.
33މަތީ މަރުޙަލާގެ ކޯޓުތަކުން ޤާއިމުކޮށްފައިވާ އިސްވެ ބަޔާންކުރަނިވި އުޞޫލުން، ބަންދު މުރާޖެޢކުރާއިރު ބަންދުކުރި ޙާލަތު ބަދަލުވެފައިވޭތޯ ބެލުމުގައި ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވާ ޙާލަތްތަކުންކުރެ ފުރަތަމަ ބަންދުކުރިއް ރ ދެމިއޮތް ޙާލަތު ބަދަލުވެފައިވޭތޯކަމުގެ މައްޗަށް ކަމަށްވާއިރު، މި މައްސަލައިގައި ދަށު ކޯޓުން އެފަދަ ކަމެއް ވަޒަންކޮށްފައިވޭތޯ ނުވަތަ ނޫންތޯ ބަލަންޖެހެއެވެ.
34މ މައްސަލައިގައި ކޯޓުގި ނިންމުމުން ފެންނަން އޮތީ، އެންމެހައި އަސާސީ ޝަފަހީ ހެކިންގެ ހެކިބަސް ފުރިހަމަވެފައިވާކމުގައެވެ. މިއީ ބަންދަށް ލުޔެއް ދިނުމުގައި ރިޢާޔަތްކޮށްފައިވާކަމެއް ކަމުގައް ބެލެވެއެވެ.އެހެނަސް، މި މައްސަލައިގައި ފްރޮސިކިއުޓަރ ޖެނެރަލގީއޮފީހުގެ ފަރާތުން ފާހަގަކޮށްފައިވަނ ދަށު ކޯޓުގެ ސިސްޓަމަށް މެދުވެރިވި މައްސަލައެއްގައި އަލުން ހެކިބަސް ނަގަންޖެހުމުގެ ފުރުޞަތު އޮތްކަމުގައެވެ.މިކަން އިބްރާހީމް ހާނިފުގެ ފުށުން ސާފުކުރެވުނުހިނދު، އެ ފަރާތުންވެސް ބުނެފައިވަނީ މިހާތަނަށް ނެގިފައިވާ ހެކިބަހުގެ ރެކޯޑުވެސް ގެއްލި ރިކަވަރީ ނުކުރެވިދާނެކަމުގެ މަޢުލްމާތ ދަށުކޯޓުން ހިއްސާކޮށްފައިވާކަމުގައެވެ. މިޙާލަތުގައި އަލުންހެކިބަސް ނަގަން ޖެހުމުގެ އިހުތިމާލު އޮތްކަން ފާޅުވެއެވެ.
35ޕްރިސިޑެންސް 6ޝަރީޢަތުން ހެކިންގެ ހެކިބަސް ނެގިފައިވުމަކީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ނެތި ދިއުންކަމުގައި ނުބެލެވޭނެކަމުގައްދިވެހިރާއްޖޭގުސުޕްރީމ ކޯޓުގެ ނަންބަރ 2024/SC-A/19 ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. މިކަން ތަފްޞީލުކުރުމުގައި،އޭގެ ސަބަބެއް ކަމުގައި ބަޔާންކޮށްފައިވަނީ، މައްސަލައިގައި ޙުކުމްކުރުމުގެ ކުރިން، ކުރިން ހާޒިރުކޮށްފައިވާ ހެއްކެއް އަލުން ހާޒިރުކުރަންޖެހޭ ޙާލަތެއް ކުރިމަތިވެދާނެތީއާއި، އަޑުއެހުން ނިމުނާނަމަވެސ ކަމެއް ސާފުކުރުމުގެ ގޮތުން އަޑުއެހުން ހުޅުވެލީންޖެހިދާނތ ކަމުގައެވެ.
36މ މައްސަލައިގައި ފެންނަން އޮތީ،ފަހަރގައްއަލުން ބަލުނ ހެކިބަސް ނަގަންޖެހޭކަމުގެ އިހުތިމާލު އޮތްކަމަށް ދެ ފަރާތުންވެސް ބުނާ ބުނުމެވެ. މީގެ އިތުރުން، ހެކިބަސް ނަގަންޖެހޭ އިތުރު ހެކިން ތިބިކަން ދެ ފަރާތުންވެސް ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވެއެވެ. މިކަން މިހެން އޮތްއިރު، އެ ޤަޟިއްޔާގެ 13 ވަނަ ނުކުތާ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު ކުޑަވެފައިވާކަމަށް ބެލެވޭނެކަމަކަށް އަހުރެންނަށް ޤަބޫލެއު ނުކުރެވެއެވެ.
37މ މައްސަލައިގައި ފެންނަން އޮތީ، ދަށު ކޯޓުގައި ޝަރީޢަތްތައް ހިންގުމަށްދިމާވެފައިވާ ދަތިކަމުގެ ވާހަކަތްއ ދަށް ކޯޓުނު ފާހަގަކޮށްފައިވާކަމެވެ.މިއީވެސް ބަންދަށް ލުޔެއް ދިނުމުގައި ރިޢާޔަތްކޮށްފައިވާކަމެއ ކަމުގައް ބެލެވެއެވެ.އެހެނަސް، ދަށު ކޯޓުގެ ސިސްޓަމަށް ދިމާވެފައިވަނީ ކޮން މައްސަލައެއްކަމެއް، އަދި އޭގެ ސަބަބުން ޝަރީޢަތް ހިންގުމަށް ދަތިވެފައިވަނީ ކިހިނަކުންކަމެއ ސާފެއްނޫނެވެ. ދަށު ކޯޓުން ފާހަގަކުރި މި ސަބަބަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތްތަކުގެ ތެރެއިން، ބަންދަށް ލުޔެއް ދިނުމުގައި ރިޢާޔަތްކުރެވިދާނެ ޙާލަތެއްނޫނެވެ.މިފަދައިން މ ބޔާންކުރަނީ،ބަންދުގައި ދިގު މުއްދަތެއް ހޭދަވި ނަމަވެސް މުޖުތަމަޢުއަށް އެ މީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގުއް ނޫންކަމަށެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2024/SC-A/09 ޕްރޮސިކިއުޓަރ ޖެނެރަލް ވ.ޢި ރުފާން ތަޤިއްޔު ޤަޟިއްޔާގައި ބަޔާންކުރާތީވެސް މެއެވެ.
38މ މައްސަލައިގައި އިބްރާހީމް ހާނިފް ޝަރީޢަތު ނިމެންދެން ބަންދުކުރެވުނު އެއް ސަބަބަކީ، އިބްރާހީމަ ހާނިފު ބަންދުން ދޫކޮށްލައިފިނަމަ މީނާގެ ފަރާތުން މުޖުތަމްޢަ ގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީއެވެ. އިބްރާހީމް ހާނިފުގެ ބަންދު މުރާޖްޢުކުރުމުގައ މި ސަބަބަށް އެއްވެސ މިންވަރަށް ރިޢާޔަތްކޮށްފައިވާކަން އިސްތިއުނާފ ކޮށްފައިވައަމުރުން ފާހަގައެއްނުވެއެވެ. އެހެންކަމުން، އިބްރާހީމް ހާނިފުގެ ފުށުން މުޖުތަމެޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމުގ އިހުތިމާލު އަދިވެސް އެގޮތުގައި ދެމި އޮތް ކަމުގައި ބަލަންޖެހެއެވެ. އެހެނީ، މި ޙާލަތު ބަދަލުވެފައިވާކަމަށް ބެލެވޭ އެއްވެސް ގޮތެއް މި މައްސަލައިގެ ތެރެއިން އިބްރާހީމް ހާނިފގެ ފަރާތުނ މި ޤަޟިއްޔާގެ 27 ވަނަ ނުކުތާ ހުށަހަޅާފައިނުވާއިރު، މި ޙާލަތު ބަދަލުވެފައިވާ ގޮތަށް ބަލާފައިވާކަން ނުވަތަ އެއަށް އެއްވެސް މިންވަރަކަށް ނަޒަރުކޮށްފައިވާކަންވެސް އިސްތިއުނާފުކުރެވޭ އަމުރުން އެނގންނެތަތީއެވެ.
39އިބްރާހީމް ހާނިފުގެ މައްޗަށް ދަށު ކޯޓަށް ހުށަހެޅި ކުރިއަށްދާ ދަޢުވާތަކުގެ ތެރޭގައި، އޭނާގެ ޢާއިލީ ކުޑަކުއްޖަކަށ ޖިންސް ގޯނާކުރުމާގުޅޭ ދަޢުވާއެއް ހިމެނޭއިރު، މިފަދަ މައްސަލަތަކުގައުއެ މުޖުތަމަޢުގައި ދިރުއޅޭ އެންމެހާ ކުޑަކުދިންގެ މަޞްލަޙަތަށެބަލަންޖެހެއެވެ.އިބްރާހީމް ހާނިފުގ މައްޗަށ ކޮށްފައިވް ޝަރުޠުތަކަށް ބަލާއިރުވެސް، އިބްރާހީމް ހާނިފުގެ ޢާއިލަކުޑޭކުދިންނާއ ނުވަތި މުޖުތަމަޢުގައި ދިރިއުޅްކުޑކުދިނ ރައްކާތެރިކޮށް ހިމާޔަތް ކުރެވިދާނެކަމުގައި ނުދެކެމެވެ.ހުށަހެޅޭ މައްސަލަތަކަށް މި ޚާއްޞަ ޤާނޫނު ތަޠުބީޤުކުރުމުގައި ޤާނޫނުގެ މަޤްޞަދަށާއި، ޤާނޫނުން ކުޑަކުދިންނަށް ރައްކާތެރިކަންދީ، އެ ރައްކާތެރިކަން ދެމެހެއްޓުމަށް އިސްކަންދޭންޖެހޭއިރު، ކޯޓުގެ އިދާރީ ކަންބޮޑުވުންތަކާއި، އިދާރީ ގޮންޖެހުންތަކާއި، ކޯޓުތަކުގެ ދާޚިލީ މައްސަލަތައް ފާހަގަކޮށް، އިބްރާހީމެ ހާނިފް ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަށް ނިންމި ނިންމުމަކީ، ބަންދު މުރާޖަޢާކުރުމުގައ ކުޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގިޤާނޫނުގައ ކަނޑައެޅީ ބަޔާންކުރި އިޖުރާއަތާއި ޚިލާފު، އަދ މަތަމަރުޙިލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ބަންދު މުރާޖަޢާކުރުމުގެ މައްސަލަތަކާގުޅޭ ޤަޟާއީ ސަވާބިޤުތަކާއުޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި އަހުރެން ދެކެމެވެ.
40ޕްރިސިޑެންސް 7މ އިސްތިއުނާފުގައި، ޕްރޮސިކިއުޓަރ ޖެނެރަލގްއޮފީހުގެ ފަރާތުން މި މައްސަލަ ނިންމުމަށް އެދޭ ދެ ގޮތެއް ހުށަހަޅާފައިވެއެވެ. އެއް ހުށަހެޅުމަކީ، އިބްރާހީމް ހާނިފް ޝަރީޢަތު ނިމެންދެން ބަންދުގައި ބެހެއްޓުމަށް މި ކޯޓުން އަމުރުކޮށްދިނުމެވެ.މި ބާވަތުގެ އިސްތިއުނާފުގައި، އެހެނީ މައުޟޫޢީ މައްސަލަ ދަށު ކޯޓުގައި ކުރިއަށްދާ ޙާލަތުގައި، އިސްތިއުނާފީ ކޯޓުން،ޝަރީޢަތް ނިމެންދެން މީހަކު ބަންދުކުރުމަކީ މި ކޯޓުން ޤާއިމުކޮށްފައިވާ އުޞޫލެއްކަމުގައި ނުދެކެ ތ، ޕްރޮސިކިއުޓަރ ޖެނެރަލގް އޮފީހުގެ ފަރާތުނ މި އެދޭ ފަދަ އަމުރެއް ނެރެދެވެން އޮތްކަމުގައި ނުދެކެމެވެ.
41މި މައްސަލައިގައި ޕޮރޮސިކިއުޓަރ ޖެނެރަލގް އޮފީހުގެ ފަރާތުން ހުށަހަޅާ ދެވަނަ ހުށަހެޅުމަކީ، 21 ޑިސެންބަރު 2025ގެ އަމުރުން އޭގެ ކުރިން 09 ޖަނަވަރީ 2025 ގައި އިބްރާހީމް ހާނިފު ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރު ބާޠިލުކޮށްފައނވާތީ، 09 ޖަނަވަރީ 2025ގ އަމުރުގެ ބާރުވެރިކަން ދެމިއޮތްކަމަށް ކަނޑައަޅައިދިނުމަށެވެ. މި ހުށަހެޅުމުގެ އަލީގައި، ދަށު ކޯޓުގ 21 ޑިސެންބަރު 2025ގެ އަމުރަށް ބަލާއިރު، އެ އަމުރުގައި، އޭގެ ކުރިން އިބްރާހީމް ހާނިފް ޝަރީޢަތު ނިމެންދެން ބަންދުކުރުމަށް 09 ޖަނަވަރީ 2025ގައި ކުރި އަމުރި ބާޠިލުކޮށްފައިވާކަން ފާހަގަކޮށްފައެއްނުވެއެވެ. އެއާ ޚިލާފަށް 21 ޑިސނެ ބަރް 2025ގެ އަމުރުގައި ސާފުކޮށް ބަޔާންކޮށްފައިވަނީ އެ ކޯޓުގެ 09 ޖަނަވަރީ 2025ގ އަމުރުގެ ބާރުވެރިކަން ނިމުމަކަށް ގެނެސް އިބްރާހީމް ހާނިފު ބަންދުން ވީއްލުމަށްވުރެ، ޝަރީޢަތް ހިންގުމަށް ވެފައިވާ ދަތިފިލުވުމާއެކ ނުވަތު 30 )ތިރީސް( ދުވަހަށްވުރެ އިތުރު ނުވާނޭހީ ން، ޝަރުޠުކޮށް ވަގުތީގޮތުން ބަންދަށް ލުއިދީ ދޫކޮށްލި ކަމުގައެވެ.މީގެ އިތުރުން، އެ އަމުރުގެ އިތުރު ބަޔާނުގައިވަނީ، އަމުރު ނެރޭ ތާރީޚުން ފެށިގެން 30 ދުވަހުގެ މުހުލަތު، ނުވަތަ ޝަރީޢަތް ހިންގުމަށް މަގުފަހިވުމުން، ދަށު ކޯޓުގ 09 ޖަނަވަރީ 2025ގ އަމުރުގެ ދަށުން އިބްރާހީމް ހާނިފުގެ ބަންދު މުރާޖަޢާކުރެވޭނެކަމުގައެވެ.
42ޝަރީޢތަ ނިމެންދެން ބަންދުކުރި އަމުރު ދަށު ކޯޓުން ބާޠިލުކުރާ ޙާލަތުގައި،މުތީ މަރުޙަލާގެ ކޯޓަކުން ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރިރިވައިވްކޮށް އެ އަމުރު ދިރި ދެމިއޮތްކަމަށް ކަނޑައެޅޭނެކަމުގައ އަހުރެން ނުދެކެމެވެ.މިއީ މިކަމުގައި އަހުރެނ ފާޅުކޮށްފައިވާ ރއޔެވެ. އެހެނަސް، މި މައްސަލައިގައި ފެންނަން އޮތީ، ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރު ދަށު ކޯޓުން މި ކޯޓުގެ ނަންބަރު 2023/HC-B12/71 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢިރުފާން ތަޤިއްޔު( ޤަޟިއްޔާގައި، އެ ނިންމުމުގެ 31 ވަނަ ނުކުތާއިން ފެށިގެން 38 ވަނަ ނުކުތާގެ ނިޔަލަށް އަހަރެންގެ މި ރަޢުޔު ތަފްޞީލުކޮށްފައިވާނެއެވެ. އަދި މި ރަޢުޔަށް އިއްތިފާޤު ތާއީދު ލިބިފައިވެއެވެ. ބާޠިލުކުރުމުގެ ބަދަލުގައި، އެ އަމުރު ވުޖޫދުގައިއޮތްކަމުގެ މައްޗަށް ދަށު ކޯޓުން ފާހަގަކޮށްފައިވާ ކަންކަމެވެ. އެއީ، 09 ޖަނަވަރީ 2025ގައި އިބްރާހީމް ހާނިފް ޝަރީޢަތު ނިމެންދެން ބަންދުކުރަން ނިންމި އަމުރުގެ ބާރުވެރިކަން ނިމުމަކަށް ގެނެސް އިބްރާހީމް ހާނިފު ބަންދުން ވީއްލުމަށްވުރ އެވަގުތަށް ބަންދަށް ލުޔެއދިނުމަށް އިސްކަންދީފައިވާކަމާއި، އެ އަމުރުގެ ދަށުން ބަންދު މުރާޖަޢާކުރެވޭކަން ބަޔާންކުރިކުރުމެވެ.
43މިކަންކަމުގެ އަލީގައި، މި ޙާލަތުގައި، ދަށު ކޯޓުގެ 09 ޖަނަވަރީ 2025ގެއަމުރުގިބާރުވެރިކަނ އޮތްކަމުގައި ބަލަންޖެހެއެވެ.
44އިސްވެ ފާހަގަކޮށްފައިވާ ސަބަބުތަކުގެ އަލީގައި، xxxxxx މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 134/2025/xxxxxx )21 ޑިސެންބަރު 2025( ކޯޓު އަމުރަކީ،ބަންދު މުރާޖަޢާކުރުމުގައ ކުޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގުޤާނޫނުގައ ކަނޑައެޅ ބަޔާންކުރި އިޖުރާއަތާއި ޚިލާފު، އަދި މަތީ މަރުޙިލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ބަންދު މުރާޖަޢާކުރުމުގެ މައްސަލަތަކާގުޅޭ ޤަޟާއީ ސަވާބިޤުތަކާއި ޚިލާފަށް ނެރެފައިވާ އަމުރެއްކަމުގައި ދެކޭތީ، xxxxx މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 134/2025/xxxxxx )21 ޑިސެންބަރު 2025( "ކޯޓު އަމުރު" ބާޠިލުކުރަން ފެނެއެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 2 (ހ)، 3، 28، 29، 30، 31، 32، 33، 35 އަދި 36 (ނ) ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާ
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 622 ވަނަ މާއްދާ (ދަޢުވާގައި)
- ސުޕްރީމް ކޯޓު 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓު 2024/SC-A/09 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު)
- ސުޕްރީމް ކޯޓު 2024/SC-A/19 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް)
- ސުޕްރީމް ކޯޓު 2024/SC-A/13 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ)
- ހައިކޯޓު 2024/HC-B12/64
- ހައިކޯޓު 2023/HC-B12/71 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢިރުފާން ތަޤިއްޔު)
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ފާޠިމަތު ފަރްހީޒާ، ޢަބްދުﷲ ޖަމީލް މޫސާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް