ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-B12/13
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަނީސް ޙިލްމީ (އެޑްރެސް ސިއްރުކޮށްފައި)، 2024/HC-B12/13
Prosecutor General v. Anees Hilmee (Address withheld) 2024/HC-B12/13 (2024/HC-B12/13, High Court of the Maldives, 24 March 2024)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަނީސް ޙިލްމީ (އެޑްރެސް ސިއްރުކޮށްފައި)
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ބަންދު މުރާޖަޢާކޮށް، ބަންދުގައި ދިގު މުއްދަތެއް ހޭދަކުރުމާއި، ބަންދުގައި ހުރިއިރު ޤާނޫނާ ޚިލާފު ކަމެއް ކުރިކަމުގެ މަޢުލޫމާތު ނުލިބުމާއި، ދައުލަތުގެ ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިމުމުގެ ސަބަބުން، ޝަރުޠުތަކާއެކު ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރު ބާޠިލުކުރިއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ތުހުމަތުކުރެވޭ ފަރާތް 12 ޖޫން 2020 ގައި ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރިއެވެ. ގާތްގަނޑަކަށް 3 އަހަރާއި 8 މަސް ބަންދުގައި ހޭދަކުރުމަށްފަހު ބަންދު މުރާޖަޢާކުރުމަށް އެދި 14 ފެބްރުއަރީ 2024 ގައި ހުށަހެޅިއެވެ.
ދައުލަތުން ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 12/2009 ގެ 2، 26، 28، 36 ވަނަ މާއްދާތަކާއި ޤާނޫނުއަސާސީގެ 143 (ރ) އާ ޚިލާފު އަމުރެއް ކަމަށާއި، ޝަރީޢަތް ދިގުލުމަކީ ދޫކުރެވޭނެ ސަބަބެއް ނޫންކަމަށާއި، ބަންދުގައި ބެހެއްޓި ޙާލަތު ބަދަލުވިގޮތް ބަޔާންކޮށްފައި ނުވާކަމަށެވެ. ތުހުމަތުކުރެވޭ ފަރާތުން ބުނީ ޝަރީޢަތް އެކަށީގެންވާ މިނަށްވުރެ ލަސްވެއްޖެނަމަ ބަންދު ދެމެހެއްޓުމަށް ބުރަ އޮންނަނީ ދައުލަތުގެ މައްޗަށް ކަމަށާއި، ބައިނަލްއަޤްވާމީ ޤާނޫނާއި ޤާނޫނުއަސާސީގެ 42، 51 ވަނަ މާއްދާތަކުގެ ދަށުން ދޫކުރުން ޞައްޙަ ކަމަށެވެ.
މައިގަނޑު ސުވާލު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ތުހުމަތުކުރެވޭ ފަރާތެއް، ބަންދުގައި ހޭދަވި މުއްދަތު ދިގުވުމާއި ހެކިބަސް ނަގައި ނިމުމާއި ބަންދުގައި ރަނގަޅަށް އުޅުމުގެ ސަބަބުން ބަންދު މުރާޖަޢާކޮށް ދޫކޮށްލުމަކީ އެ ޤާނޫނުގެ 36 ވަނަ މާއްދާއާ އެއްގޮތަށް ކުރެވިފައިވާ ކަމެއްތޯ؛ އަދި ޝަރީޢަތް އެކަށީގެންވާ މިނަށްވުރެ ލަސްވުމަކީ ބަންދުން ދޫކުރުމަށް އެކަށީގެންވާ ސަބަބެއްތޯ، އަދި އެ ޙާލަތުގައި ރިޢާޔަތްކުރަންޖެހޭނީ ކޮންކަންކަމަށްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު؛ 7 ދުވަހުގެ ތެރޭ ކްރިމިނަލް ކޯޓުން ބަންދާމެދު އަލުން ގޮތެއް ނިންމަންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް
ހައިކޯޓުން ކަނޑައެޅީ ކްރިމިނަލް ކޯޓުން ބަންދުގައި ބެހެއްޓި ޙާލަތު (ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 32 ވަނަ މާއްދާއާއި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ) ބަދަލުވިގޮތް ބަޔާންކޮށްފައި ނުވާކަމާއި، ބަންދުގައި ރަނގަޅަށް އުޅުމާއި ހެކިބަސް ނިމުމަކީ ޤާނޫނީ ސަބަބުތަކެއް ނޫންކަމާއި، ވަސީލަތް ނެތުމުން ޝަރީޢަތް ލަސްވުމަކީ ދޫކުރުމަށް ސަބަބެއް ނޫން ކަމެވެ. އެހެންކަމުން އަމުރަކީ ޤާނޫނު ނަންބަރު 12/2009 ގެ 36 ވަނަ މާއްދާގެ (ށ) އަދި (ނ) އާ ޚިލާފު އަމުރެއް ކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ދަޢުވާކުރެވިފައިވާ މީހެއްގެ ބަންދާމެދު ގޮތް ނިންމުމުގައި ރިޢާޔަތްކުރަންވާނީ، ޢާއްމު ޤާނޫނާއި ޚާއްޞަ ޤާނޫނުގެ ތެރެއިން ޚާއްޞަ ޤާނޫނަށް ޢަމަލުކުރުމުގެ އުޞޫލާ އެއްގޮތަށް، އެ ޚާއްޞަ ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34)
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ޢާއްމު އުޞޫލަކީ ޙުކުމްކުރުމުގެ ކުރިން ބަންދުގައި ނުބެހެއްޓުން ކަމުގައި ވީނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 28 ވަނަ މާއްދާގެ ސަބަބުން، ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާ މީހެއްގެ އަސްލީ ޙާލަތަކީ މުޖުތަމަޢާއި ކުޑަކުދިންގެ ސަލާމަތަށް ނުރައްކާތެރި މީހެއްގެ ގޮތުގައި ބެލެވުމެވެ؛ މި އުޞޫލަށް ހައިކޯޓުގެ ކުރީގެ ނިންމުންތަކުގައި ތަބާވެފައިވާތީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން ފުރަތަމަ މަރުޙަލާގެ ކޯޓުތަކުން އެއަށް ޢަމަލުކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37-38)
- ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކު ބަންދުގައި ބަހައްޓާފައިވާ ޙާލަތު ބަދަލުވެއްޖެނަމަ، އެ ބަދަލުވި ސަބަބު އިޖުމާލީ ގޮތަކުން ނަމަވެސް ކޯޓުން ބަޔާންކުރަންވާނެއެވެ؛ 36 ވަނަ މާއްދާގެ (ނ) ގެ ދަށުން ބަންދުން ދޫކުރާ އަމުރުގައި، މުއްތަހަމަކީ ކޮންމެހެން ބަންދުގައި ބަހައްޓަންޖެހޭ މީހަކަށް ނުވުން، ބަންދުގައި ބެހެއްޓި ޙާލަތު ބަދަލުވުން، ނުވަތަ ބަންދު ދެމެހެއްޓުމުގެ އިތުރު ބޭނުމެއް ނެތުމަށް ފަނޑިޔާރަށް ފެނުނު ސަބަބުތައް ބަޔާންކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 40، 44-46)
- މުޖުތަމަޢުގެ ކުޑަކުދިންގެ ސަލާމަތަށްޓަކައި ބަންދުކޮށްފައިވާ މީހެއްގެ ބަންދު 36 ވަނަ މާއްދާގެ ދަށުން މުރާޖަޢާކުރާއިރު، ކުށުގެ ރެކޯޑާއި ބަންދުގައި ހޭދަވި މުއްދަތާއި ހެކިބަސް ނަގައި ނިމުން ފަދަ އެ މީހަކަށް ނިސްބަތްވާ ޚާއްޞަ ޙާލަތްތަކަށް އެކަނި ރިޢާޔަތްކޮށް ގޮތެއް ނިންމިގެން ނުވާނެއެވެ؛ މުޖުތަމަޢުގެ ޢާއްމުންނާއި ކުޑަކުދިންގެ ޙައްޤުތަކަށް ރިޢާޔަތްކޮށް ދެފަރާތުގެ ޙައްޤު އަޅައިކިރުމަށްފަހު ގޮތެއް ނިންމަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41)
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 50 ވަނަ މާއްދާގައި ކަފާލާތާއި ޕެރޯލްގެ އުޞޫލު ނުހިނގާނެކަމަށް ބުނެފައިވާތީ، ޖަލުބަންދުގައި ހުރިއިރު މުއްތަހަމުގެ އުޅުން ރަނގަޅުވުމަކީ ބަންދުން ދޫކުރުމަށް އެކަށީގެންވާ ޤާނޫނީ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 48-49)
- ދައުލަތުގެ ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިމިފައި އޮތުމަކީ، ހެކިންނަށް ނުފޫޒު ފޯރުވައި ހެކިބަހާމެދު ސުވާލު އުފެއްދުމުގެ ޙަޤީޤަތްތަކަށް ރިޢާޔަތްކުރާއިރު، އޭގެ ޒާތުގައި ބަންދުން ދޫކުރަންޖެހޭ އެކަށީގެންވާ ޤާނޫނީ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 50)
- 36 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަންދު މުރާޖަޢާކުރުމުގައި، (ށ) ގައިވާ ގޮތުގެމަތިން މަޢުލޫމާތު ހޯދުމަށްފަހު، ކުށުގެ ޢަމަލު ހިންގި ގޮތުގެ ޚާއްޞަ ސިފަތަކަށް ރިޢާޔަތްކޮށް، 32 ވަނަ މާއްދާގައިވާ ކަންކަން ސުޕްރީމް ކޯޓުގެ 2024/SC-A/09 ޤަޟިއްޔާގެ އުޞޫލުތަކާ އެއްގޮތަށް އަލުން ވަޒަންކުރަންވާނެއެވެ؛ ޝަރީޢަތުގެ ކުރިމަތީގައި އޮންނާނެ ސުވާލަކީ އެ މީހަކީ ބަންދު ދަމަހައްޓަންޖެހޭ މީހެއްތޯ ނޫންތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 51-52)
- ބަންދުގައި ހޭދަވި މުއްދަތު ދިގުވުމަކީ 36 ވަނަ މާއްދާގެ ދަށުން ބަންދު މުރާޖަޢާކުރުމަށް އެދުމަށް އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވިދާނެ ނަމަވެސް، ދައުލަތުން ޝަރީޢަތަށް ވަސީލަތް ފޯރުކޮށްނުދިނުމުގެ ސަބަބުން ޝަރީޢަތް ދިގުލުމަކީ 31 ވަނަ މާއްދާގައިވާ ބަންދުގައި ބަހައްޓަންޖެހޭ ޙާލަތު ވުޖޫދުވެފައިވާ މައްސަލައެއްގައި ބަންދުން ދޫކުރުމަށް އެކަށީގެންވާ ޤާނޫނީ ސަބަބެއް ނޫނެވެ؛ އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތްކުރުމުގެ ޙައްޤަށް އުނިކަން ލިބިއްޖެނަމަ ފަރުވާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ ދަށުން ބަންދުގައި ހޭދަކުރި މުއްދަތު ޙުކުމުން އުނިކުރުމުގެ އިތުރުން، ޙުކުމުން އިތުރު މިންވަރެއް ލުއިކުރުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 64-65)
- ތުހުމަތުކުރެވޭ ފަރާތުގެ އަވަސް ޝަރީޢަތުގެ ޙައްޤާއި ޙުކުމުގެ ކުރިން ބަންދުގައި ހޭދަވި މުއްދަތާ އެކުއެކީގައި، ކުޑަކުދިންނަށް ޚާއްޞަ ރައްކާތެރިކަން ލިބުމުގެ ޙައްޤު (ޤާނޫނުއަސާސީގެ 35 ވަނަ މާއްދާ އަދި ކުޑަކުދިންގެ ޙައްޤުތަކާބެހޭ މުޢާހަދާގެ 34 ވަނަ މާއްދާ) ވަޒަންކުރަންވާނީ އެއްހަމައަކުންނެވެ؛ ބަންދުގެ މުއްދަތު ދިގުވުމުގެ ސަބަބުން ދޫކުރުމަށް ހުރިހާ މައްސަލައަކަށް ހިނގާނެ ޚާއްޞަ ފޯމިއުލާއެއް ނެތް، ކޮންމެ މައްސަލައެއް ވަޒަންކުރަންވާނީ އޭގެ ޚާއްޞަ ޙާލަތުތަކަށް ބަލައިގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 60-62)
- ޝަރީޢަތުން ޙުކުމްކުރުމުގެ ކުރިން ޖަލުބަންދުގައި ހުރި މީހަކު ގޭބަންދަށް ބަދަލުކުރުމަށާއި، ގޭބަންދުގެ ޝަރުޠުތަކަށް ޢަމަލުކުރާކަން ކަށަވަރުކުރުމަށް ޤާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ ހަރުދަނާ އުޞޫލެއް ނެތުމުން، އެފަދަ ޤާނޫނީ އުޞޫލެއް ނެތި ޖަލުބަންދުގައިހުރި މީހަކު ގޭބަންދަށް ޤާނޫނީ ގޮތުން ބަދަލުކުރެވޭނެކަމަށް ނުދެކެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 67-68)
މުޙައްމަދ ތާއިދުކުރެއްވަ އެވެ.
1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރ 145-B5(485,486-2020)/ABA/2024/03 )21 ފެބްރުއަރީ 2024( ކޯޓު އަމުރު އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް )މީގެފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް" ކަމަށް ބުނެފައިވާ(ގަފަރާތުނާ ދިވެހިރާއްޖޭގެ ހެއިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކްއ)ޑްރެސް ސިއްރުކިށފައ(، އަނީސް ޙިލްމީ )މީގެފަހުން "އަނީސް ޙިލްމީ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" ކަމަށް ބުނެފައިވާ(އެވެ.
2އިސްތިއުނާފު ރައްދުވާ ފަރާތުން، 10 ޖޫން 2020 ދުވަހު ކުޑަކުއްޖަކަށްޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައަކާ ގުޅިގެނ، ކޯޓު އަމުރެއްގެ ދަށުން 12 ޖޫން 2020 ދުވަހު ހައްޔަރު ކޮށްފައިވެއެވެ. އެ މައްސަލައާ ގުޅިގެނާއިސްތިއުނފު ރައްދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދު ކޮށްދިނުމަށްއެދި ދައުލަތުން ހުށަހެޅުމުން، އިސްތިއުނާފު ރައްދުވާ ފަރާތް ގެ ޝަރީޢަތް ނިމެންދެން ނުވަތު މައްސަލަ ބައްލަވާ ޤާޟީ އިތުރުގޮތެއް ކަނޑައަޅަންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުނ އަމުރުކޮށްފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުގައި ބަހެއްޓުމަށް އަމުރުކުރި ސަބަބު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. "މީނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާތީއާއި، ޤާނޫނު ނަންބަރު 12/2009 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު(ގެ 30 ވަނަ މާއްދާގެ )ހ( ގެ ދަށުން، މީނާ ޝަރީޢަތްނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިފައިވާތީ، ޤާނޫނު ނަންބަރ 12/2009 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑު ނަންބަރ )ސިއްރުކޮށްފައި(. ކްރިމިނަލް ކޯޓުގެ ނަންބަރު J/HA/2020/158-145 ކޯޓު އަމުރު )12 ޖޫން 2020.( ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު A1/145/2020/367-196 )21 މޭ 2020( ސިޓީ. ކްރިމިނަލް ކޯޓުގެ ނަންބަރު J/MA/2020/1877-145 )20 ޖޫން 2020( ކޯޓު އަމުރު. މީގެފަހުން "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނުނު" ކަމަށް ބުނެފައިވާ. މީހުންނާމެދު ޚާއްޞަ އުސލުތަކަކަށޫ ޢަމަލުކުރުމުގެ ޤާނޫނު(ގ 32 ވަނަ މާއްދާގައި ހުރި ކަންކަމަށް ރިޢާޔަތްކޮށް، މީނާ މިވަގުތު ބަންދުންދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ފޯރާނެކަމަށ ބެލެވޭތީ."
314 ފެބްރުއަރީ 2024 ދުވަހު އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެވިދިޔަ އަމުރު މުރާޖަޢު ކުރުމަށްއެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. އެ ހުށަހެޅުމާގުޅިގެން ކްރިމިނަލް ކޯޓުން ބަންދު އަމުރު މުރާޖަޢާކޮށް އެ ކޯޓުގެ ނަންބަރ 145-B5(485,486-2020)/ABA/2024/03 )21 ފެބްރުއަރީ 2024( އަމުރުން އިސްތިއުނާފު ރައްދުވާ ފަރާތް ޝަރީޢަތްނިމެނެ ދެން ބަންދުކުރި އަމުރު ބާޠިލުކޮށްފައިވެއެވެ. އ އަމުރު ބާޠިލްކުރްސަބަބުކަމަށް ބަޔާ ންކޮށްވަނީ އަންނަނިވި ފަދައިންނެވެ. "މި މައްސަލައިގެ ބަންދުގައި މީނާ ދިގު މުއްދަތެއް ހޭދަކޮށްފައިވާތީއާއި ބަންދުގައި ހޭދަކުރި މުއްދަތުގައި މީނާގެ ފަރާތުން ޤާނޫނާއި، ޤަވާޢިދާއި ޚިލާފުކަމެއް ކޮށްފައިވާކަމަށް މީނާ ބަންދުގައި ބަހައްޓާފައިވާ އިދާރާއިން އަދި އެހެން ފަރާތަކުންވެސް ކޯޓަށް މަޢުލޫމާތު ދެއްވާފައިނުވާތީއާއި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ."
4މި މައްސަލައިގައި ދ އުލަ ތުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށުކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގ 3 ވަނަ މާއްދާގެ )ހ(އ ޙަވާލާދީ، އެ މާއްދާގެ )ނ(ގެ ދަށުން،ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސު ތ ގައި އަތްލުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނު ނަންބަރ 19/2019 )ކުޑަކުދިންގެ ޙައްޤުތައް ރއްކާތެރިކުރުމުގެ ޤާނޫނު(ގ 123 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެ މާއްދާގެ )ބ(ގެ ދަށުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނު ނަންބަރާ 9/2014 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ(ގެ 622 ވަނަ މާއްދާގެ )ހ(ގ 7 ވަނަ ނަންބަރ ޙަވާލާދީ، އެ މާއްދާގެ )ބ(ގ 2 ވަނަ ނަންބަރުގެ ދަށުން އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ 11 ޖުލައި 2020 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ.
5އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ދަޢުވާގައިވާ ޢަމަލުތަކަށް ބަލާއިރު، ކޮވިޑް-19ގެ ސަބަބުން މަގުމައްޗަށް މީހުން ނުކުމެއުޅުން ދައުލަތުގެ އެންގުމަށް މަދުކޮށްފައިވާ ދުވަސްވަރއްގްތެރެއނި، 10 ޖޫން 2020 ދުވަހުގެ ދުވާލުގެ ވަގުތެއްގައި، އުމުރުން 11 )އެގާރަ( އަހަރުގެ އަންހެން ކުއްޖަކު މަގުމަތިން ފެނިގެން، އެ ކުއްޖާއާ ވާހަކަދައްކައި، ފޯނެއް ގަނެދޭނެކަމަށްބުނެ، މީގެފަހުން "ކުޑަކުދިންގެ ޙައްޤުތަކުގެ ޤާނޫނު"ކަމަށް ބުނެފައިވާ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 975/2020/CRC/449 ދަޢުވާ ހުށަހަޅާ ފޯމު )11 ޖުލައި 2020.( ކައިރީގައިހުރި ފިހާރަކުން ދަޅާއި، ބޮޑީ ސްޕްރޭ ފުޅިއެއް ގަނެދީ، ކުއްޖާ ގްރޫމްކޮށް،އެކުއްޖާ ގެސޓްހައުސްއަކަށް ގެންގޮސް، އެކުއްޖާއާމެދު ބަދުއަޚުލާޤީ ޢަމަލު ހިންގައި މީނަގެ ކުރިމަތިފަރާތް އެކުއްޖާގެ ކުރިމަތިފަރާތަށް ވައްދައި، އެ ކުޑަކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގާފައިވކަމަށް ދައުލަތުގެ ދަޢުވާގައި ބުނެފައިވެއެވެ.
6ކްރިމިނަލް ކޯޓުގެ ނަންބަރު 145-B5(485,486-2020)/ABA/2024/03 )21 ފެބްރުއަރީ 2024( އަމުރު އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ
01 )އެކެއް( އިސްތިއުނާފީ ނުކުތާއެވެ.އެ ގޮތުނާ ދައުލަތުން ބުނެފައިވަނީ، އިސްތިއުނާފުކޮށްފައިވ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ )ހ(އާއި، 26 ވަނަ މާއްދާއާއި، 28 ވަނަ މާއްދާއާއި، 36 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ(އ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށެވެ. މި އިސްތިއުނާފު ނުކުތާއާ ގުޅިގެން ދައުލަތުން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
7ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި، މީހެއްގެ މއްޗަށަ ޝަރީޢަތުން ޙުކުމެއް ކުރުމުގެކުރިނ ބަންދުގައި ބެހެއްޓޭނެ ޙާލަތުތައް ބަޔާންކޮށްފައި އޮތްއިރު، އެ މާއްދާއިން މިނިވަންކަމުގެ ޙައްޤު ހަނިކޮށްފައިވާކަމަށެވެ. އަދި އެ މާއްދާއަށް ބެލުމުން، މިނިވަންކަމަކީ މުޠުލަޤު ޙައްޤެއް ނޫންކަމާއި، ބަންދުގައި ބެހެއްޓުމެ އ ދޫކުރުމުގެބާރު ލިބިގެންވަނީ ކޯޓުތަކަށްކަން އެނގޭކަމަށެވެ. އަދި މިބާވަތުގެ މައްސަލަތަކުގައި ބަންދުގައި ބެހެއްޓޭނެގޮތް ބަޔާންކޮށްފައިވަނ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގ 30 ވަނަ މާއްދާއާއި، 31 ވަނަ މާއްދާއާއި، 32 ވަނަ މާއްދާގައިކަމަށެވެ. އަދި ޤާނޫނު ނަންބަރު 2010/13 )ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު(ގ 5 ވަނަ މާއްދާގެ )ހ(ގައި، ފަނޑިޔާރުން ޢަމަލުކުރަންވާނީ ޤާނޫނުއަސާސީއާއި ޤާނޫނަށްކަމަށް ބުނެފައިވާއިރު، މަތީމަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށެ ދަށުމަރުޙަލާގެ ކޯޓުތަކުން ތަބާވާންޖެހޭކަމަށް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ(ގައި ބަޔާން ކޮށްފައިވާކަމަށް ދައުލަތުން މީގެފަހުން "ޤާނޫނުއަސާސީ" ކަމަށް ބުނެފައިވާ.
8މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ބަންދު ކޮށްފައިވަނީ މީނާގެ ކުށުގެ ޢަމަލު ހިނގާފައިވާގޮތަށް ރިޢާޔަތްކް ށ، ޝަރީޢަތުން ޙުކުމް ކުރުމުގެކުރިން މީނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީއާއި، ހެކިބަސް ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށާއި، ކުޑަކުދިންނަށް ޖިންސީ ގޯނެކުރ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގ 2 ވަނަ ނަންބަރުގައި، ބަޔާންކޮށްފައިވާ ފަދައިން، މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިންނަށް ނުރައްކަލަކަށް ވެދާނެ މީހުންގެ ކިބައިން އެ ކުދިން ރައްކާތެރިކޮށް، އެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކަމަށެވެ.
9އިސްތިއުނާފު ރައްދުވާ ފަރާތުން ބަންދު މުރާޖަޢާ ކުރުމަށްއެދި ހުށަހެޅި ކަންކަމާ ގުޅިގެން ގޮތެއްނިންމެވުމުގައި ރިޢާޔަތްކުރުން ލަޒިމުވާނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާއަށް ކަމަށެވެ. އަދި އެ މާއްދާ ތަރުޖަމާ ކުރަންޖެހޭނީ އެ ޤާނޫނުގެ 2 ވަނަ މާއްދާގެ މަޤުޞަދުތަކާ އެކުގައިކަމަށެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުމުގެ ސަބަބުން ކަމަށްވާއިރު، އެ ޙާލަތު ބަދަލުވިގޮތް، މީނާ ބަންދުން ދޫކޮށްލި އަމުރުގައި ބަޔާން ކޮށްފައިނުވާކަމަށެވެ.
10ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާއާއި 28 ވަނަ މާއްދާއަށް ބެލެމުން، އެ ޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުކުރެވޭ ފަރާތަކީ ބަންދުން މިނިވަންވުމުގެ ޙައްޤު ހިފެހެއްޓިފައިވާ ފަރާތެއްކަން އެނގޭކަމަށެވެ. އަދި ޤާނޫނުގެ 2 ވަނަ މާއްދާގައި އެ ޤާނޫނުގެ މަޤްސަދުތއ ބަޔާންކޮށްފައިވާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން، ތަޙްޤީޤުގެމަރުޙަލއާއާ ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބޭތިއްބުން ހިމެނޭކަމަށެވެ.
11ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ )ހ(އަކީ އެ ޤާނޫނުގެ ދަށުން ތަޙްޤީޤު މަރުޙަލާއާއި، ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުކޮށްފައިވާ ފަރާތުގެ ބަންދު މުރާޖަޢާކުރުމުގެ ޙައްޤު އުފަންވާ މާއްދާ ކަމަށާއި، އެ މާއްދާގެ )ނ(ގައި ބަޔާންކޮށްފައިވަނީ އެފަދައިން ބަންދު މުރާޖަޢާކުރާއިރު ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ ކަންކަން ކަމަށެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރިއިރު އެ މާއްދާގައި ބަޔާންކޮށްފައިވ ކަންކަން ޝަރީޢަތުން ވަޒަންކުރައްވާފައި ނުވާކަމަށެވެ.
12މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރުމަށް ނިންމި އެއްސަބަބަކީ، ޝަރީޢަތް ދިގުލައިގެން ދިޔުންކަމުގައި ވީނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގު ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނިފާޒް އަދި އިތުރު 3 ފަރާތެއް ޤަޟިއްޔާގެ 27 ވަނަ ޕެރެގްރާފަށް ބަލާއިރު، ޝަރީޢަތް ދިގުލައިގެން ދިޔުމަކީ ބަންދުން ދެކުރެވިދާނ ސަބަބެއް ނޫންކަން އެނގޭކަމަށް ދައުލަތުން ދެކޭކެމަށެވެ.
13މި މައްސަލައިގެ އަޑުއެހުމުގައި ޝަރީޢަތުންކޮށްފައިވާ ސުވާލުތަކުގެ ޖަވާބުގައި ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
13.1. މިފަދަ މައްސަލަތަކުގައި ޙުކުމް ކުރުމުގެ ކުރިން ޝަރީޢަތް ނިމެންދެން ބަންދުކުރާ ފަރާތެއް، ގޭބަންދުގައި ބަހައްޓަނީ ކޮންއުސޫލެއްގެ ދަށުންތޯ ސުވާލުކުރުމުން،ދައުލަތުން ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ވުޖޫދަށް އައުމާގުޅިގެން ނިޒާމަށްއައި ބަދަލުތަކާއެކ، ގޭބަންދުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދަންނަ ބަންދެއް ނޫންކަމަށާއި، ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން ޖަލުބަންދުން ގޭބަންދަށް ބަދަލުކުރެވޭފަދަ އަދި ގޭބަންދުގައި ހުންނައިރު ޢަމަލުކުރާނެގޮތުގ އުޞޫލެއް ލިޔެވިފައިނެތް ކަމަށެވެ.
13.2. ޝަރީޢަތް ލަސްވި ސަބަބަކީ އެއްވެސް ޙާލަތެއްގައި ނުބެލެވޭނެ ކަމެއްތޯ ނުވަތަ ބައެއް ޙާލަތުގައި ބެލެވޭނީ ކަމެއްތޯ ސުވާލުކުރުމުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގު 36 ވަނަ މާއްދާއަށް ބެލުމުން، އާދަޔާ ޚިލާފަށް ޝަރީޢަތް ދިގުލައިގެން ދިޔުމަކީ ބަންދު އަމުރު މުރާޖަޢާކުރުމަށް ހުށަހެޅިދާނެ ޙާލަތެއްކަމަށް ބަޔްންކޮށްފައި ވާކަމަށް ދައުލަތުން ޖަވާބުދީފައިވެއެވެ. އެ ޙާލަތުގައި ފަނޑިޔާރު ވަޒަންކުރާނީ ކޮންކަމެއްތޯ ޝަރީޢަތުން ސުވާލުކުރުމުން، އެ ޙާލަތުގައި ފަނޑިޔާރު ރިޢާޔަތެ ކުރަންޖެހެނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގު 36 ވަނަ މާއްދާގެ )ނ(ގައިވާ ކަންކަމަށްކަމާ ށާއި، އެ މާއްދާގައިވާ ތިންސަބަބުން ސަބަބެއް ވުޖޫދުވާ ކަމުގައިވާނަމަ އަމުރު ބާޠިލުކުރުމުގެބާރު ފަނޑިޔާރަށް ލިބިގެންވާކަމަށް ދައުލަތުން
13.3. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގު 31 އަދި 32 ވަނަ މާއްދާއަކީ، އެ ޤާނޫނުގެ 36 ވަނަ މާއްދާގެ )ނ(ގެ ދަށުން ގޮތެއްނިންމުމާ ގުޅުންހުރި މާއްދާއެއްކަމަށް ނުދެކެނީތޯ ސުވާލުކުރުމުން،ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގ 31 އަދި 32 ވަނަ މާއްދާއަކީ އެ ޤާނޫނުގެ ދަށުން ތަޙްޤީޤް މަރުޙަލާއާ ޝަރީޢަތުގެ މަރުޙަލާގައި މީހެއްގެ ބަންދު ދެމެހެއްޓުމުގައި ރިޢާޔަތްކުރަންވީ ކަންކަންކަމަށް ދައުލަތުން ދެކޭކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމަށްވާނަމަ، ބަންދުގައިވާ ފަރާތެއްގެ ބަދްލުވީ ކޮންޙާލަތެއްތޯ ބަލާނީ ކިހިނެތްތޯ ޝަރީޢަތުން ސުވާލުކުރުމުން، ބަންދު މުރާޖަޢާކުރެވޭނީ 36 ވަނަ މާއްދާގެ ދަށުން އެކަނިކަމަށަ ދައުލަތުން ބުނެފައިވެއެވެ.
13.4. އިސްތިއުނާފު ރައްދުވާ ފަރާތާކުރި ސުވާލުތަކާ ގުޅިގެން ދައުލަތަށް ފުރުސަތު ދިނުމުން،މި މައްސަލައިގެ އ ސްތިއުނާފު ފޯމުގައިވަނީ އިސްތިއުނާފުކުރުމަށް ދައުލަތުން މަސައްކަތް ކުރިއިރު ލިބުނު އެޑްރެސްކަމަށެވެ. އަދި މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުނ ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރުމުގައި ދަތިތަކެއް ހުރިކަން ދައުލަތަށް އެނގުމުން، ކްރިމިންލަ ކޯޓުން މަޢުލޫމާތު ސާފުކުރިއިރު، 25 ފެބްރުއަރީ 2024 ދުވަހު އިސްތިއުނާފު ރައްދުވާ ފަރާތުގެ ސިޓީއަކުން، މީނާ ދިރިއުޅޭ އެޑްރެސް އެ ކޯޓު ހިއްސާކޮށްފައިވާކަން އެނގިފައިވާކަމަށެވެ.އަދި އެ މަޢުލޫމާތު މައްސަލަ އިސްތިއުނާފު ކުރިއިރު ދިވެހިރާއްޖޭގެ ހ އިކޯޓަށް ހުށަހަޅާފައިނުވަނީ ކީއްވެތޯ ސުވާލުކުރުމުން، ދައުލަތަށް އެ ސަބަބު ޔަޤީންކަމާއެކު ސާފުކޮށްދެވެން ނެތްކަމަށް ބުނެފައިވެއެވެ.
13.5. ޤާނޫނުއަސާސީގެ 223 ވަނަ މާއްދގާ )ބ(ގެ ދަށުނ، ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް ނުވަތް ބަންދުކޮށް، ނުވަތަ މިނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނެ ޙަލާތްތަކާއި ޝަރުޠުތައް މުޠާލިޢާކުރުމާއި މުރާޖަޢާ ކުރމުނަ ގެންދިޔުމާއި، އެ އުޞޫލުތަކާ އެއްގޮތަށް ޢަމަލު ކުރަމުންދޭތޯ ބެލުމުގެ ޒިއްމާގެ ތެރެއިނުމި ބާވަތުގެ މައްސަލަތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެއްވެސްކަމެއް ކޮށްފައިވޭތޯ ސުވާލުކުރުމުން، އެ މާއްދާގައި ބަޔާންކުރާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރުމ ގުޅޭގޮތުން ސީދާވަކިކަމެއް ޕްރޮސިކިއުޓަރ ޖެނެރަލް ނުކުރާ ކަމަށާއި، އެހެންނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ވ(ގެ ދަށުން ބަންދު މުރާޖަޢާ ކުރާކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި، ޝަރީޢަތް ލަސްވާނަމަ، ޝަރީޢަތް އަވަސްކުރުމަށްއެދި ކޯޓުތަކަށް ސިޓީ މެދުވެރިކޮށް ހުށަހަޅާކަމަށް ބުނެފައިވެއެވެ.
14ކްރިމިނަލް ކޯޓުގެ ނަންބަރު 145-B5(485,486-2020)/ABA/2024/03 ކޯޓު އަމުރަކީ ބާތިލު އަމުރެއްކަމަށް ކަނޑައަޅުއްވައިދެއްވައި، އަލުން މި މައްސަލައިގައި ދައުލަތުން އިސްތިއުނާފުރައްދުވ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމާދިނުމަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ، މީނާގެ ބަންދާ މެދުއަވަސް މުއްދަތެއްގެ ތެރޭގައި، ގޮތެއް ނިންމަވަން ޖެހޭކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.
15މިމައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައަ ނިމުނުފަހުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A/95/2024/137 )21 މާރިޗް 2024( ސިޓީއިން 21 މާރިޗް 2024 ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ ގްޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފނ ތަޤިއްޔު ޤަޟިއްޔާ ގައި، ޢިރުފާން ތަޤިއްޔުގެ ބަންދާމެދު ދަށު ކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށް 7 ދުވަހުގެ މުއްދަތެއް ދެއްވައި، އެ މުއްދަތުގެ ތްރޭގައި ޢިރުފާން ތަޤިއްޔު ރިމާނޑ ޖަލެއްގައި ބަންދުކުރުމަށް ޙުކުމްކުރައްވާފައެވާތީ، އ އުޞޫލު މި މައްސަލައަށް ތަޠުބީޤުކޮށް، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަންދާމެދު ގޮތެއްނިންމައިދިނުމަށް ދައުލަތުން އަލުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން 7 ދުވަހުގެ ތެރޭގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމަންޖެހޭކަމަށް ކަނޑައަޅައި، މި މުއްދަތުގެ ތެރޭގައި އިސްތިއުނާފު ރައްދުވާފަރާތް ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކުރުމަށް އެދިފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2024/SC-A/09 ޤަޟިއްޔާ.
16ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތުގައި ދެއްކި ވާހަކަތަކުގެ ތެރެއިން، މި ޤަޟިއްޔާގެ ނިންމުމަށް ވާޞިލުވުމަށް މުހިއްމު ޤާނޫނީ ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
17މި މައި ސަލައިގައް ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފު ބިނާވަނީ މައިގަނޑު ދެކަމެއްގެ މައްޗަށްކަމަށެވެ. ފުރަތަމަކަމަކީ، ޝަރީޢަތް ލަސްވެގެން ދިޔުމަކީ ޢާއްމު ޙަލަތުގައި އަދެކުޑަކުދިންނަށ ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގި ދަށުން ތަންދޭކަމެއ ނޫންކަމަށެވެ. ދެވަނަކަމަކީ، އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރުމުގައި މުޖުތަމަޢުގެ ޙައްޤާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ޙައްޤު ވަޒަންކޮށްފައިވަނީ ގޯސްކޮށްކަމަށް ވުންކަމަށެވެ.
18ޝަރީޢަތް ލަސްވެގެން ދިޔުމަކީ ބަންދުން ދޫކުރެވިދާނެ ސަބަބެއްތޯ ބަލާއިރު، ޤާނޫނުއަސާސީގާ 49 ވަނަ މާއްދާ ކިޔަންވާނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 51 ވަނަ މާއްދާއާ އެކުއެކީގައި ކަމަށެވެ. އެ މާއްދާތަކުގައި، ޝަރީޢަތުން ކުށްސާބިތުވުމުގެ ކުރިން މައުސޫމް މީހެއްގެ ގޮތުގައި ބަލަންޖެހުމާއި، އެކަށީގެންވާ އަވަސްމިނެއްގައި އެމީހެއްގެ މައްޗަށް ޝަރީޢަތް ހިންގުމުގެ ޙައްޤު ހިމެނޭއިރު، އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތް ނުކުރެވޭ ޙާލަތުގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ އިސްތިސްނާ ޙާލަތަށްވުރެ އިސްވާނީ ކުށްސާބިތުވުމުގެ ކުރިން މިނިވަނެއްކަމަށް ބަލަންޖެހު މުއްތަހަމުގެ މަޞްލަޙަތަ ކަމަށެވެ.
19ދައުލަތުން ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނިފާޒް އަދި އިތރ 3 ފަރާތެއް ޤަޟިއްޔާގެ 27 ވަނަ ޕެރެގްރާފަށް ބެލުމުން، ޝަރީޢަތް ދިގުލައިފާނެކަމަށް ތަޞައީ ވ ރުކުރުމަކް ބަންދުކުރުމަށް އޮތްހުރަހެއ ނޫންކަމަށް ބަޔާނެ ކޮށްފައިވީނަމަވެސް، ޝަރީޢަތް ދިގުލައިގެންގޮސްފި ޙާލަތެއްގައި ދެންވާނެގޮތެއް އެ ޤަޟިއްޔާގައި ބަޔާންކޮށްފައި ނުވާކަމަށެވެ. އަދި އ ޕެރެގްރާފުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދު ޚާއްޞަ އަހައްމިޔަތުކަމެއް ދެއްވާފައިވަ އެއްމައްސަލައކީ އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތް ކުރެވެންޖެހޭނެކަމުގެ ވާހަކަކަމަށެވެ.
20ޤާނޫނުއަސާސީއިން ލިބިދޭ އަސާސީ ޙައްޤުތައް މނަކުރުމުގައާ، އެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ދަށުން މިނިވަން ދިމިޤްރާތީ އުޞޫލުތަކަށް ރިޢާޔަތް ކުރަންވާނެކަމަށެވެ. އެގޮތުން، ޔުނައިޓެޑް ނޭޝަންސް ހިއުމަން ރައިޓްސް ކޮމިޓީއިން )ޔޫ.އެން.އެޗް.ސީ. އާރް.ސީ( ފާސްކޮށްފައިވާ CCPR General Comment No. 8: Article 9 (Right to Liberty and Security of persons)( ގެ 3 ވަނަ ޕެރެގްރާފުގައި ބައެއް ޤައުމުތަކުގައި ޝަރީޢަތުގެ ކުރިން ބަންދުގައި ބައިތިއްބާފައިވާ މީހުންގެ ޝަރީޢަތް ލަސްވެ، ދިގުލައިގެންދާތީ، އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތް ކުރެވުމުގެ ޙައްޤުން މަޙުރޫމުވުމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވާކަމަށެވެ. ޝަރީޢަތުގެ ކ ރިނ ބަންދު ކުރުމަކީ އިސްތިސްނާއެއް ކަމަށްވާއިރު، އެ މުއްދަތު ވީހާވެސް ކުރުކުރުމަށް ރަޢުޔު ދެއްވާފައި ވާކަމަށެވެ. އަދި އެއް އައި.ސީ.ސީ.ޕީ.އާރްގެ އާޓިކަލް 9 އިން ލިބިދެވޭ ޙައްޤު ގެއްލޭފަދަ ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ކޮމެންޓުގ 4 ވަނަ ޕެރެގްރާފުގައި މީހަކު މުޖުތަމަޢުގެ ސަލާމަތަށްޓަކައި ބަންދުކުރާ ޙާލަތުގައިވިޔަސް އެމީހަކަށެ އައި.ސީ.ސީ.ޕީ.އާރގް 9 ވަނަ މާއްދާގެ 2 ވަނަ ޕެރެގްރާފުގައިވާ އެކަށީގެންވާ އަވަސްމިނެއްގައި ދަޢުވާކުރުމާއި 3 ވަނަ ޕެރެގްރާފްގައިވާ އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތްކުރުމާއި އަދ 14 ވަނަ ޕްރެގްރާފްގައި ބަޔާންކުރާ ޙައްޤުތައް ކަށަވަރު ކުރެވެންވާނެކަމަށެވެ.
21ދިވެހިރާއްޖެއަކީ އައި.ސީ.ސީ.ޕީ.އާރްގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ސޮއކޮށްފައިވި ޤައުމަކަށްވާތީ، އެޗް.އާރ .ސ ގެ ނިންމުންތަކަކީ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއަށް ޢަމަލުކުރާނަމަ އަޅާނުލާ ދޫކޮށްލެވިދާނެ ނިންމުންތަކެއް ނޫންކަމަށް ދެކޭކަމަށެވެ. އެގޮތުން Ecuador, v. osñBola communication no. 238/1987 ގައި، މީހަކު މަރާލުމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު
5 )ފަހެއް( އަހަރު ދުވަހު ބަންދުގައި ހުރުމަކީ، އެލަސްވި ލަސްވުން ބަލައިގަނެވޭނެ ސަބަބެއް ނެތްނަމަ، އައި.ސީ.ސީ.ޕީ.އާރްގ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙައްޤުތަކަށް އަރައިގަނެވޭ ޙާލަތަކަށްވުމުގެ ސަބަބުން، އެފަދަ މީހަކު ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއްކަމަށް ނިންމާފައިވާކަމަށެވ. އަދި މިފަދަ ޙާލަތުގައި، ދިގު މުއްދަތެއްހޭދަވީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތު ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަމަށެވެ. އަދި ދައުލަތުން އެކަން ސާބިތު ކޮށްނުދެވިއީ ޖެނަމަ، ނަތީޖާއަކަށްވާނީ މުއްތަހަމު ބަންދުން ދކުރުނޫ ކަމަށެވެ.
22ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ 37 ވަނަ ފުޓްނޯޓުގައި ބަޔާން ކުރާއްވާފައިވ، އަދި އެ މައްސަލައިގެ ރައުޔު ބިނާކޮށްފައިވާ އެއްއަސާސް ކަމުގައިވާ Letellier v. France, Application no. 12369/86 މައްސަލައަށް ބެލުމުންވެސް، ޝަރީޢަތް ދިގުލައިގެން ގޮސްފިނަމަ ބަންދަށް ލުއިދެވޭނެކަމާއި، އެފަދައިން ޝަރީޢަތް ދިގުލައިގެން ގޮސްފިނަމަ އެމީހަކު އިތުރަށް ބަންދުގައި ބަހައްޓަންޖެހޭކަން ސާބިތު ކޮށްދިނުމުގެބުރަ ދެންއޮނނަނީ ދައުލަތުގެ މައްޗަށްކަން އެނގޭކަމަށެވެ.
2312369/86 no. Application France, v. Letellier މައްސަލައިގައި، މުޖުތަމަޢުގެ ސަލާމަތަށްޓަކައި ބަންދުކުރާ ސަބަބުތަކަކީ ވަކިމުއްދަތަކަށް ރިޢާޔަތްކުރެވޭ ސަބަބުތަކެއްކަމަށ ބަޔާންކޮށްފައި ވާކަމަށެވެ. އަދި އެކަށީގެންވާ މިންވަރަށްވުރެ ޝަރީޢަތް ދިގުލައިގެން ގޮސްފިނަމަ،އަދި އިތުރު ސަބަބެއް ނެތްނަމަ، އެ މީހަކުބަންދުގައި ބަހައްޓައިގެން ނުވާނެކަމަށާއި، އެފަދއިނަ ބަންދުގައި ބެހެއްޓުމަކީ އެ މީހެއްގެ މައްޗަށް ކުށްސާބިތުވެ ޖަލަށް ދާނެކަމަށް ބަލައިގެން ކުރާކަމަކަށް ވެގެން ނުވާނެކަމަށެވެ. މީގެއިތުރުން، 2614/65) no. (Application Austria v ingeisenR މައްސަލައިގައި،އިތުރު ސަބަބުތަކުގެ މައްޗަށް ބިނާކޮށް މީހަކު ބަންދުގައި ބެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ ބަލަންޖެހޭކަމަށް ކަނޑައަޅާފައި ވާކަމަށެވެ. އަދ France v Tomasi 12850/87) no. (Applicatio މެއްސަލައިގައިޓެ ރަރު ޒަމްގެ ކުށުގެ ތުހުމަތުގައިވާ މީހެއްގެ ޝަރީޢަތް ގެ ކުރީގެ ބަންދުގެ މުއްދަތު އެކަށީގެންވާ ވަރަށްވުރެ ދިގުލައިގެން ހިނގައްޖެނަމަ އިތުރު އައުސަބަބުތަކާނުލައި، އެ މީހަކު ބަންދުގައި ބެހެއްޓުމަކީ މިނިވަންކަމުގެ ޙައްޤަށް އަރައިގަތުމެއްކަމަށ ކަނޑައަޅާފައި ވާކަމަށެވެ.
24ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނމެދާ ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާއަށް ބެލުމުން ޝަރީޢަތް ލަސްވުމަކީ މުރާޖަޢާކުރެވޭނެ ސަބަބެއްކަން އެނގޭކަމަށެވެ. އަދި އެ ޤާނޫނުގެ 36 ވަނަ މާއްދާގެ )ށ(ގެ ދަށުން ޝަރީޢަތުގައި ކޮށްފައިވާ މަސައްކަތާއި އެހައިތަނަށް ހޭދަވެފައިވާ މި އްދަތާއި، މުއްތަހަމާމެދު ކަންކަން ކުރެވިފައިވާ ގޮތާބެހޭގޮތުން މަޢުލޫމާތު ސާފުކުރަންޖެހޭއިރު، އެކަން ކުރަންޖެހެނީ ޝަރީޢަތުގެ މަޖިލީހުގައިކަމަށް ބުނެފައިވާކަމަށެވެ. މ މައްދާތަކަށް ބެލުމުން، ދައުލަތުގެ ހުށަހެޅުމާ ޚިލާފަށް، ބަންދުގައި ހޭދަވި މުއްދަތާއި އެ މުއދަތުގ ތެރޭގައި ކުރެވުނު ކަންކަން ޝަރީޢަތުގެ މަޖިލީހުގައި ސާފުކުރުމުގައި، ޤާނޫނުހަދާ މަޖިލީހުގެ ވިސްނުމަކ، ބަންދުގައި ހޭދަވިމް އްދަތަކު ނަތީޖާއެއް ނުކުންނަނިވި ސަބަބަކަށް ވުމުން، އެކަންކަމަށް ރިޢާޔަތް ކުރަންޖެހޭނެކަމަށެވެ. ދައުލަތުގެ ފަރާތުނެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ )ނ(، އެ މާއްދާގެ އެހެން އަކުރުތަކާ ވަކިން މާނަކުރުމަށް އެދިފައިވަނީ، ޤާނޫނު ނަންބަރު 2011/4 )މާނަކުރުމުގެ ހަމަތަށް ބަޔާންކުރުމުގެ ޤާނޫނު(ގ 10 ވަނަ މާއްދާގެ )ހ(އާ ޚިލާފަށްކަމަށް ދެކޭކަމަށެވެ.
25ޝަރީޢަތުގެ ކުރިން ބަންދުގައިހުރި މީހެއްގެ ޝަރީޢަތް އެކަށީގެންވާ މިނަށްވުރެ ލަސްވެފައިވޭތޯ ބެލުމުގައި ރިޢާޔަތް ކުރެވޭ ކަންކަމުގެ ތެރޭގައި، ވަސީލަތް ހުރިނެތް މިންވަރު ފިޔަވައި، މައްސަލައިގައ އުފައްދާފައިވާ ޚުޞޫމަތުގެ ކުޑަބޮޑު މިންވަރާއި، މުއްތަހަމުގެ އަމިއްލަ އިހުމާލުން ލަސްވުންފަދަ އިތުރު ސަބަބެއް އޮތްތޯ ބަލަންޖެހޭކަމަށެވެ. އަދި އެފަދަ އިތުރު ސަބަބެއް ނެތްނަމަ، އެބަންދަކީ ތަޢައްސުފު ބަންދަކަށް ވެގެންދާނެކަމަށެވެ.
26މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށްބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުކުރީ 12 ޖޫން 2020 ދުވަހު ކަމަށްވާއިރު، އެ ތާރީޚުން ފެށިގެން ބަންދު މުރާޖަޢާ ކުރުމަށް 14 ފެބްރުއަރީ 2024 ދުވަހު ހުށަހެޅުމާ ހަމައަށް 3 )ތިނެއް( އަހަރާއި 8 )އަށް( މަހާއި 3 )ތިނެއް( ދުވަސް ބަންދުގައި ހޭދަކޮށްފައ ވާކަމަށެވެ. ދައުލަތުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ކޮށްފައިވާ 3 )ތިނެއް( ދަޢުވާ ސާބިތުކުރުމަށް 23 )ތޭވީސް( ޝަފަހީ ހެކި ހުށަހަޅާފައިވާއިރު، ހެކިބަސް ނެގުމަށް 3 )ތިނެއް( އަހަރު ދުވަސް ހޭދަވެފައިވަނީ ކޮންސަބަބަކާ ގުޅިގެންކަން ދައުލަތަށް ބުނެދެވިފައި ނުވާކަމަށެވެ. ދައުލަތުގެ ގިނަހެކިންނަކީ ސަރުކާރުގެ މުވައްޒަފުން ނުވަތަ ޚަބީރުން ކަމަށްވާއިރު، 3 )ތިނެއް( އަހަރު ދުވަހަކީ އެކަށީގެންވާ މުއްދަތެއްކަމަށް ބެލެވިގެން ނުވާނެކަމަށެވެ.
27ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގު 36 ވަނަ މާއްދާގެ )ށ(ގެ އަލީގައި، އެ މާއްދާގެ )ނ(ގެ ދަށުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަންދު މުރާޖަޢާކޮށް، މައުޞޫމު މީހެއްކަމަށް ބަލަންޖެހޭ ފަރާތެއްގެ ޝަރީޢަތް އެކަށީގެންވާ ސަބަބެއްނެތިކަމަށ މީގެފަހުން "މާނަކުރުމުގެ ހަމަތަކުގެ ޤާނޫނު"ކަމަށް ބުނެފައިވާ. ބެލެވޭ ޙާލަތުގައި، ބަންދުން ދޫކުރުމަށް އިސްކަން ދޭންޖެހޭކަމަށް ދެކޭކަމަށެވެ. އަދި މި މައްސަލައިގައް އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކޮށްލަން ޖެހޭކަމަށް ހުށަހަޅާކަމަށެވެ.
28ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަލީ ޒުބައިރު އާއި އިތުރު ފަރާތްތައް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްޤާޟިއްޔާގައި ވފަދައިނާ، ބަންދު މުރާޖަޢާ ކުރުމުގައި ދެފަރާތުގެ މަސްލަހަތު މިނެކިރަން ވާނެކަމަށެވެ. ދައުލަތުން ޙަވާލާދޭ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދ ޔުނާނ ޤަޟިއްޔާގެ 22 ވަނަ ޕެރެގްރާފަށް، ބަލާއިރު އެ ޤަޟިއްޔާއާއި މި ޤަޟިއްޔާއާ ވާޤިޢީ ގޮތުން ތަފާތުކަމަށެވެ. އަދި އެ މައްސަލައިގައި މުޖުތަމަޢުގައިއުޅޭ ކުޑަކުދިންނަށް ޔުނާންގެ ފަރާތުނ ކުރިމަތިވެދާނެ ނުރު އްކަލުން އެއްކިބާ ކުރުމުގެ މުހިއްމް ކަމުގެ ވާހަކަ ބަޔާންކުރައްވައި، އެކަން ކަށަވަރު ކުރުމަށް ކޯޓުން ކަނޑައަޅާ ޝަރުޠުތަކެއް އެކަށީގެން ނުވާކަމަށް ފަނޑިޔާރު ރަޢުޔު ދެއްވާފައި ވީނަމަވެސް، އެއީރަނގަޅު ޤާނޫނީ އުޞޫލެއްކަމަށް ނުދެކޭކަމަށެވެ. ކުށްސާބިތުވެ ޙުކުމް ތަންފީޒުކޮށް ނިމުމުން، މުޖުތަމަޢުއަށް ނެރުމުގައި ޢަމަލު ކުރާ ންޖެހޭ އުޞޫލުތައް ކުޑަކުދިންނަށް ޖ ންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 6 ވަނަ ބައިގައި ބަޔާންކޮށްފައިވާއިރު، އެއަށްވުރެ މާހަރުކަށި މިންގަނޑަކުން ކުށުގެ ތުހުމަތުގައިވާ، އަދިޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ( އިން ހިމާޔަތް ލިބިފައިވާ ފަރާތްތަކާމެދު، ބެލުމަކީ ކުރެވިގެންވާނެކަމެއް ނޫންކަމަށެވެ. އހެންކަމުނެ، އެ ޤާޟިއްޔާގެ ރަޢުޔަށް ބަދަލު ގެންނަންޖެހޭކަމަށް ދެކޭކަމަށެވެ.
29މި މައްސަލައިގައި ދެފަރާތުގެ މަސްލަހަތު މިނެކިރާއިރު، އަނިޔާލިބުނު ކުޑަކުއްޖާއަށް ނަފްސާނީ ފަރުވާއާއި ހިމާޔަތް ލިބިދޭންޖެހޭނެ ކަމަށެވެ. އަދި ހަމައެއާއެކު، އަނިޔާލިބުނު ކުއްޖާއާ ބައްދަލު ނުވާނެހެން ޝަރުޠުކުރުމުން އެ އިޙްތިމާލު ނެތިކޮށްލުމަށްޓަކައި ހަރުދަނާ ފިޔަވަޅު އެޅިފައިވާކަމަށް ދެކޭކަމަށެވެ. އަދި އޭގެއިތުރުން، ޤާނޫނު ނަންބަރ 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު(ގެ 149 ވަނަ މާއްދާގެ ދެ ށުނ ދައުލަތުން އަމުރަކަށް އެދެވިދާނެކަމަށާއި، އެއީ ކުށްސާބިތުވާ ފަރާތްތަކަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 42 ވަނަ މާއްދާއިންވެސް ލިބިދީފައިވާ ފަރުވާއެއް ކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/108,109,110 ޤަޟިއްޔާ. ޤާނޫނު ނަންބަރު 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( މީގެފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު" ކަމަށް ބުނެފައި.
30ކުށެއް ސާބިތުނުވެ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ހަޔާތުން ގާތްގަނޑަކަށް 4 )ހަތެރެއް( އަހަރު ބަންދުގައި ހުރިއިރު، ވަޒީފާ ގެއްލި، ނަފްސާނީ ދުޅަހެޔޮކަން ގެއްލި، އޭނާގެ ދަރަނިތައް އަދާކުރެވޭނެ ގޮތެއްނެތި، އުޅެންޖެހިފައިވަނީ މީހުންގެ އެހީގައި ކަމަށްވީހިނދު، ދައުލަތުން ރައްކާތެރިކަން ފޯރް ކޮށްދިނުމުގެ ޒިންމާ މަތިވެފައިވާ ފަރާތްތަކަކަށް އޮތްބިރަކުން އެފަރާތްތައް ސަލާމަތް ކޮށްނުދެވިދާނ ކަމަށްބުނެ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މުޅިޙަޔާތް ބަރުބާދުކޮށްލުމީ އިންޞާފެއް ނޫންކަމަށް ދެކޭކަމަށެވެ.
31މި މައްސަލައިގެ އަޑުއެހުމުގައި ޝަރީޢަތުންކޮށްފައިވާ ސުވާލުތަކުގެ ޖަވާބުގައި ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
31.1. އިސްތިއުނާފު ރައްދުވާ ފަރާތުން މިހާރުއުޅޭ އެޑްރެހަކީ ކޮބައިތއާއި،އުޅޭގެއިން މެޑިކަލް ސެންޓަރ ހަމައަށް ދެވެނީ ކިހައި ވަގުތެއްގެ ތެރޭގައިތޯ ސުވާލުކުރުމުނީ، އަނީސް ޙިލްމީ މިހާރުއުޅޭ ގޭގެނަން ނޭނގޭކަމަށާއި، އެ ގެއިން މެޑިކަލް ސެންޓަރ ހަމައަށް ގެއިން ނިކުމެގެން މަގު ހުރަސްކޮށް ދިޔުމަށް ނަގާނެ 3 )ތިނެއް( ސިކުންތުވަރުކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
31.2. އިސްތިއުނާފު ރައްދުވާ ފަރާތާ ކޯޓު އަމީ ރ ޙަވާލުކުރުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރިމަސައްކަތުގައި، އިސްތިއުނާފު ރައްދުވާ ފަރާތުން ކޯޓު އަމުރާ ޙަވާލުވެފައިވަނީ މަގުމަތިން ކަމަށްވާއިރު، އަދި މި ކޯޓުން އަނީސް ޙިލްމީއަށް ގުޅަން މަސައްކަތްކޮށްގެނ ގުޅިފައިނުވާއިރު، މި ޙާލަތުގައް ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ޔުނާނ ޤަޟިއްޔާގައި ފަނޑިޔާރު ޙުސައިން މަޒީދު ފާހަގަ ކުރައްވާފައިވާފަދަ ޙާލަތެއް ނެތްތޯ ސުވާލުކުރުމުން، ޝަރުޠުކޮށްފައި ބަންދުން ދޫކުރާ ފަރާތްތަކުގެ ޙާލަތު މޮނިޓަރ ކުރާކަނ މީގެކުރިން ޢަމަލުކޮށްފައިވާ ގޮތަށް ބެލެމުން އެނގޭކަމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ޔުނާން މައްސަލައިގައިވެސް ޝަރުޠާ ޚިލާފުވީކަން ފުލުހުންނަށް ފާހަގަކުރެވިގެން ބަންދުކުރުމަށް ހުށަހެޅިކަމަށާއި، ޓެރަރިޒަމް މައްސަލައެއްގައިވެސް އެގެއަށް މި މައްސަލައިގައި މި ކޯޓަށް ހާޒިރުވުމުގެ ޗިޓު އަނީސް ޙިލްމީއާ ޙަވާލުކުރެވިފައިވަނީ މަގުމަތިން، އެލީޓ މެޑިކަލް ސެންޓަރު ކައިރިންނެވެ. ޒިޔާރާތްކުރާ މީހުންގެ ލިސްޓެއް ހަދައި އިންޓެލިޖެންސް މަޢުލޫމާތާއެކު ދައުލަތުން މީގެކުރިން ކޯޓަށް ހުށަހަޅާފައި ވާކަމަށެވެ. އެހެންކަމުން، އެފަދައިން ބެލޭނެ ނިޒާމެއް އޮންނަކަމަށެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ގޭބަންދުގައިހުރީ ކޮންގެއެއްގައިކަނ ކްރިމިނަލް ކޯޓަށް އެންގިފައިވީނެ ކަމަށާއި، ކޯޓު އަމުރާ ޙަވާލުވުމަށް ގެއިން ނިކުމެފައިވަނ، ހައިކޯޓުގެ އަމުރާ ޙަވާލުވުން މުހިއްމުކަމަށްވާތީ، ޟަރޫރީ ޙާލަތެއްގައިކަމަށް ބެލެވިދާނެކަމަށް ދެކޭކަމަށެވެ.
31.3. ދައުލަތާ ކުރެވުނު ސުވާލުތަކާ ގުޅިގެން އަނީސް ޙިލްމީއަށް ފުރުޞަތު އެރުވުމުން، ދައުލަތުން ބަޔާންކުރާ ފަދައިން ކުޑަކުދިންނެށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގ 36 ވަނަ މާއްދާގެ )ނ(އަކީ ބަންދު މުރާޖަޢާކުރުމުގައި ހަމައެކަނި ރިޢާޔަތްކުރެވިދާނެ ކަންކަންކަމަށް ބުނުމަކީ ހަމަޖެހޭ އުޞޫލެއް ނޫންކަމަށާއި، ޝަރީޢަތް ލަސްވުމަކީ ބަންދު މުރާޖަޢީ ކުރުމުގައި ރިޢާޔަތްކުރެވިދާނެ ކަމެއްކަން އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ޖަވާބުގައި ތަފުޞީލުކޮށްފައިވާ ސަބަބުތަކާއި ބައިނަލްއަޤްވާމީ މުޢާހަދާތަކުންވެސް އެނގޭކަމަށް ބުނެފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ޔުނާނެ މައްސަލައިގައި ބަންދު މުރާޖަޢާކުރުމަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގު 32 ވަނަ މާއްދާއަށް ރިޢާޔަތް ކުރެވިދާނެކަމަށް ބަޔާން ކުރައްވާފައިވާކަމަށާއި، އ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އެ ޤާނޫނުގެ 36 ވަނަ މާއްދާގެ )ހ( އައި )ނ( އަށްވެސް ރިޢާޔަތް ކުރެވޭނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
31.4. ޤާނޫނުއަސާސީގެ 223 ވަނަ މާއްދު ގ )ބ(ގެ ދަށުން މި ބާވަތުގެ މައްސަލި ތަކާ ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެއްވެސްކަމެއް ކޮށްފައިވޭތޯ ދައުލަތާ ކޮށްފައިވާ ސުވާލު ގުޅިގެން ފުރުޞަތު އެރުވުމުން، އެ މާއްދާގައި ވަކިމައްސަލައަކާ ގުޅިގެން މުރާޖަޢާކުރުމުގެ އިތުރުން ޕޮލިސީ ލެވެލްގައި ދައުލަތުގެ ޒިންމާއެއްއޮތް ކަމަށާއި، މިހާރު އޮތި ގޮތުން، ދައުލަތުން އެކަން ނުކުރާކަމަށާއި އަދި ނުވެސްކުރެވޭނެކަމަށް ބުނެފައިވެއެވެ. އަދ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގު 36 ވަނަ މާއްދާއަކީ އެ މަޤްސަދު ހާސިލުކުރުމަށްއޮތް މާއްދާއަކަށް ވީހިނދު،އެ މާއްދާ ދައުލަތުން މާނަކުރަނީ އެ މަޤްސަދު އެއްކޮށް ނަފީވާގޮތަށްކަމަށެވެ.
32ކްރިމިނަލް ކޯޓުގެ ނަންބަރު 145-B5(485,486-2020)/ABA/2024/03 )21 ފެބްރުއަރީ 2024( ކޯޓު އަމުރުން އސްތިއުނާފި ރައްދުވާ ފަރާތް ޝަރުޠު ކުރުމަށްފަހު ބަންދުން ދޫކޮށްލަން ނިންމެވި ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދެއްވުމަށެވެ.
33މި މައްސަލައިގައި ދިވެހިރާއްޖޭ ގެ ހައިކޯޓުގެ ކުރިމަތީގައިއޮތް މައިގަނޑު ސުވާލުތައް ތިރީގައ ބަޔާންކޮށްފައި އެވަނީއެވެ.
33.1. އިސްތިއުނާފު ރައްދުވާފަރާތްޝަރް ތ ކޮށް ބަންދުން ދޫކޮށްލާފައިވަނީ، ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލު ތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި ވާގޮތުގެމތިންތޯއާއި، އިސްތިއުނާފު ރައްދުވާ ފަރާތް ކުރިން ބަންދުގައި ބަހައްޓާފައިވާ ޙާލަތު ބަދަލުވެފައިވޭތޯ؟
33.2. ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލު ތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން، ބަންދުން ދޫކޮށްލުމުގައި، މުއްތަހަމު ބަންދް ގައު ހޭދަކޮށްފައިވާ މުއްދަތާއި ޝަރީޢަތް އެކަށީގެންވާ މިނަށްވުރެ ލަސްވުމަކީ ބަންދުން ދޫކޮށްލުމަށް އެކަށީގެންވާ ސަބަބެއްތޯއާއި، އެ ޙާލަތުގައި ޝަރީޢަތުން ރިޢާޔަތް ކުރަންޖެހޭނެ ކޮންކަންތަކަށްތޯ؟ ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސ ލުތަކަކު ށ ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ބަންދުގައި ބެހެއްޓުމުގެ އިޖުރާއަތު
34ޕްރިސިޑެންސް 1މި މައްސަލައެ ކ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގަ ޤާނޫނުގެ ދަށުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދަޢުވާކޮށްފައިވާ މައްސަލައަކަށްވެފައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުނ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުސް ސަލާމް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، މީނާގެ ބަންދާމެދުގޮތް ނިންމުމުގައި ރިޢާޔަތް ކުރަނވާން ޚާއްޞަ ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތަށެވެ. މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށްބަލާއިރު، މި މައްސަލައަކީ އިބްތިދާއީ މަރުޙަލާ ނިންމައި، ހެކިންގެ ހެކިބަސްނަގައި ޙުކުމް ކުރުމާގާތަށް ގޮސްފައިވާ މައްސަލައަކަށްވުމުނ، ބަންދުގައި ބެހެއްޓުމުގެ ބޭނުމަށް، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށ އެކަށީގެންވާ ތުހުމަތު އޮތްކަން އެނގެއެވެ.
35މި ނިންމުމުގެ 2 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު،އިސްތިއުނާފުކުރ ފަރާތަކީ ޝަރީޢަތް ނިމެންދެން ބަންދުގައި ހުންނނ ޖެހޭ މީހެއްކަމަށްބުނެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެމަތިން މައްސަލަ ހުށަހަޅައި، އެ ޤާނޫނުގެ 31 ވަނަ މާއްދާގައި ދައުލަތުން ސާބިތުކޮށްދޭންޖެހޭ ކަންތައްތައް ފުރިހަމަވުމުގެ ސަބަބުނ، އެ ޤާނޫނުގެ 32 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން، އިސްތިއުނާފު ރައްދުވާފަރާ ތ ބަންދުކޮށްފައިވާ މައްސަލައެއްކަމަށް ބެލެވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުން ދޫކުރި އަމުރުގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 32 ވަނަ މާއްދާއާއި މުޖުތަމަޢުގެ ސަލާމަތަށްއޮތް ނުރައްކަލުގެ ޙާލަތު ބަދަލުވެފައިވާގޮތް އެނގޭކަށްނެތެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާ )ނަންބަރު 2020/SC-A/93(ގެ 17 ވަނަ ނުކުތާގެ )ހ( ގައިވާ ފުރަތަމަ ސުވާލު. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ގ ނަންބަރ 2021/SC-A/13 ޤަޟިއްޔާގައި، ޢާއްމު ޤާނޫނާއި ޚާއްޞަ ޤާނޫނުގެ އިޖުރާއަތުގެ ތެރެއިން ޚާއްޞަ ޤާނޫނަށް ޢަމަލު ކުރުމާމެދު ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލު. ކްރިމިނަލް ކޯޓުގެ ނަންބަރު J/MA/2020/1877-145 )20 ޖޫން 2020( ކޯޓު އަމުރު. ކްރިމިނަލް ކޯޓުގެ ނަންބަރު 2020)/ABA/2024/03-B5(485,486-145 )21 ފެބްރުއަރީ 2024( ކޯޓު އަމުރު.
36ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ އަސާސީ ބައެއްޙައްޤުތައް ހިފެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުން އެންމެ ފުރަތަމަ ކަނޑައެޅި އެއްޤާނޫނެވެ. އެ ޤާނޫނު ފާސްކުރުމުގެ މަޤް ޞަދުތަކުގެ ތެރޭގައި ކުޑަކުދިންނަށް ނުރައްކަލަކަށް ވެދާނެ މީހުން ތަޙްޤީޤާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބެހެއްޓުމުގެ އިތުރުން އަދަބުން މިންޖުވުމަށްފަހުވެސް ދެމެހެއްޓެނިވިގޮތަށ ކޮންޓްރޯލްކޮށ، އެ މީހުން ބެލެހެއްޓުން ހިމެނެއެވެ.
37ޕްރިސިޑެންސް 2ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި، ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން މީހަކު ބަންދުގައި ނ ބެހެއްޓުމަކީ އެ މާއްދާ ތަރުޖަމާކުރުމުގެ ޢާއްމު ޙާލަތީ ވެ. އެހެންނަމަވެސް،ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގ 28 ވަނަ މާއްދާގައިވާ ގތުގެމަތިން، ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތު ކުރެވޭމީހަކ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ބޭނުމަށް މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރި މީހެއްކަމަށް ފުރަތަމަވެސެބަލަންވާނެކަމަށ ބަޔާންކޮށްފައި އޮތުމުގެ ޤާނޫނީ ނަތީޖާއަކީ، ކްޑަކުއްޖަކަށްޖިންސީގޯނާ ކުރުމުގެކުށެއގެތުހުމަތުކުރެވޭ މިންވަރަށް ހެކިލިބިފައިވާ މީހީއގެ އަސްލީ ޢާއްމު ޙާލަތަކެ،އެ މީހަކީ މުޖުތަމަޢުއާއި މުޖުތަމަޢުގެ ކުޑަކުދިންގެ ސަލާމަތަށް ނުރައްކާތެރި މީހެއްގެ ގޮތުގައި ބެލެވުމެވެ.
38ބުނެވިދިޔަ ޤާނޫނީ އުޞޫލަކީ ދިވެހިރާއްޖޭގެ ހައިކު ޓުނު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދ 27 26 ޝާފިޢް ޤަޟިއްޔާއާއި، އަޙްމަދު ރިފްޝާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސު ޤަޟިއްޔާއާއި، ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޙުސައިން ސާހިލް ސަޢީދް ޤަޟިއްޔާއާއި، ޕްރޮސިކިއުޓަރ ޖެނެރަލް ވ. )ނަން ސިއްރުކުރެވިފައި( ޤަޟިއްޔާގައި ބަލް އިގެންފައިވަ އުޞޫލަކަށެ ވާއިރު، އެ އުޞޫލަށް ބަދަލެއް އަންނަފަދަ ނިންމެވުމެއް ސުޕްރީމް ކޯޓުން މިހައިތަނަށް ނިންމަވާފައިނެތެ ވެ. އެހެންކަމުން، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ފުރަތަމަ މަރުޙަލާގެ ކޯޓުތަކުން މި އުޞޫލަށް ޢަމަލު ކުރަންވާނެކަމަށް ދެކެމެވެ. ޤާނޫނު ނަންބަރ 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( ގެ 2 ވަނަ މާއްދާ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2019/HC-A/32 ޤަޟިއްޔާ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/92 ޤަޟިއްޔާ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/440 ޤަޟިއްޔާ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 101/B12-/HC2202 ޤަޟިއްޔާ.
39ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޢާއްމު އުޞޫލުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުގެ މަފްހޫމް ހަނިކޮށްފައިވަނީ، ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން މުޖުތަމަޢުގެ ޚާއްޞަ ރައްކާތެރިކަން ލިބުމަށް ކުޑަކުދިންނަށް އޮންނަ ޙައްޤާއި، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ )ށ(ގެ ދަށުން، އިޖުތިމާޢީގޮތުން ރައްކާތެރިކަން ލިބިދޭންޖެހޭ ބަޔަކަށް ރައްކާތެރިކަން ލިބިދިނުމަށްކުރާ ކަންތައްތަކުކީ ތަފާތުކުރުމެއް ކަމުގައި ނުބެލެވުމުގެ ޤާނޫނީ އެ ޞލުގި މައްޗަށް ބިނާކޮށް، އެފަދަކުށުގެ އަނިޔާލިބޭ ކުޑަކުދިންގެ ޢުމުރުގެ ސަބަބުން ހުންނަ ފަސްޖެހުމާއި، ދިވެހި މުޖުތަމަޢުގައި އެފަދަ ކުށުގެ މައްސަލަ ހުށަހަޅައި ތަޙްޤީޤުކޮށް، ކުށް ސާބިތުކުރުމަށްހުރި ގިނަހުރަސތަކެއް ނައްތާލުމުގެ މަޤުޞަދުގައިކަމަށް ދެކެމެވެ.
40ޕްރިސިޑެންސް 3ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކު ބަންދުގައި ބަހައްޓާފައިވާ ޙާލަތު ބަދަލުވެއްޖެނަމަ، އެ ޙާލަތު ބަދަލުވި ސަބަބު އިޖުމާލީ ގޮތެއްގައި ނަމަވެސުކޯޓުން ބަޔާން ކުރަންވާނެކަމަށް ދިވެހިރާއްޖޭގ ހައިކޯޓްނ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ހުނޭސާ އާދަމް ނަސީރު ޤަޟިއްޔާއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ފަޟުލޫން މުޙައްމަދ ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
41ޕްރިސިޑެންސް 4ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، މުޖުތަމަޢުގެ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައާއި، ކުށް ތަކުރާރު ކޮށްފާނެކަމަށްޓަކައި މީހަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ވުމަށްފަހު، އެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ބަންދު މުރާޖަޢާކުރާ ޙާލަތުގައި، އެ މީހެއްގެ ކުށުގެ ރެކޯޑާއި، ބަންދުގައި ހޭދަވެފައިވާ މުއްދަތާއި، ތުހުމަތުކުރެވޭ މައްސަލައިގެ ހެކިބަސް ނަގައި ނިމުންފަދ، އެ މީހަކަށް ނިސްބަތް ކުރެވޭ ޚާއްޞަ ޙާލަތްތަކަށްއެކަނި ރިޢާޔަތްކޮށް ބަންދާމެދުގޮތެއް ނިންމޭނެކަމަކަށް ނުދެކެމެވެ. އަދި އެފަދަ މީހެއްގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވަނީ، ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިގެންވާ ޙައްޤެކެވެ. އަދި ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށ އެއްވެސްގޮތަކުން ހާނީއްކަކޮށް، ޖިންސީގޮތުން އަނިޔާކޮށް އެއްވެސްގޮތަކުން ތަފާތުކޮށް އެކަށީގެންނުވާ އިޤްތިޞާދީ، އިޖްތިމާޢީ ކަނަތައްތަކުގައ ބައިވެރިކޮށް އެ މީހުންގެ ފުށުން ނާޖާއިޒް މަންފާތައް ޙާސިލްކުރުމަށް ހަމަ އެކަކުވެސް މަސައްކތްކޮށްގެނެއް ނުވާނެއެވެ. ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ )ށ( މާއްދާގައި ބަޔާންކޮށްފައިވަނީ މުޖުތަމަޢުގެ ޢާންމު ޙާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް، ނުވަތަ ބަޔަކަށް، ނުވަތަ އިޖްތިމާޢީ ގޮތުން ޚާއްޞަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތރިވެދިނުމަށްޓަކައި، ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައ ކުރާ ކަންތައްތަކަކީ މި މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާ ފަދަ ތަފާތުކުރުމެއް ކަމުގައެއް ނުވާނެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/75 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2022/HC-B12/94 ޤަޟިއްޔާ . ބަންދު މުރާޖަޢާ ކުރުމުގައި، އެމީހަކަށް ނިސްބަތްކުރެވޭ ޚާއްޞަ ސިފަތަކުގެ އިތުރުން، މުޖުތަމަޢުގެ ޢާއްމުންނާއި، އަދި ކުޑަކުދިންގެ ޙައްޤުތަކަށް ރިޢާޔަތްކޮށް، ބަންދާމެދު ގޮތެއް ނިންމަންވާނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ޠައިފް ރިޟުވާންއާއި އިތުރު މީހެއަޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ދެ ފަރާތުގެ ޙައްޤު އަޅައި ކިރުމަށްފަހުކަމަށް ދެކެމެވެ.
42މި މައްސަލައިގެ އަޑުއެހުންތައް ނިމުނުފަހުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔިޤަޟިއްޔާ ގައި، ބަންދު މުރާޖަޢާ ކުރުމުގެމަޤުޞަދަކ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތުމުގެ ސަބަބުން ބަންދުގައި ބ ހަ އްޓާފައިވާ މީހުން މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުން ނޫންކަމަށް ބަޔާންކޮށްފައިވެއެވ.އަދި ޝަރީޢަތް ނިމެންދެން ބަންދުގައިތިބޭ މިހުންގެ ޙައްޤުތައް ހިމާޔަތް ކުރެވޭނެގޮތަކަށް ދެ ފ ރާތުގެ ޙައްޤުތައް ކޮންމެ މައްސަލައެއްގައި މީޒާންކޮށް ހަމަކުރަން ޖެހޭއިރު، ފަނޑިޔާރުން އެކަން ކުރަންވާނީ ވަށައިގެންވާ ޙާލަތްތަކާއި ހަގީގަތުގެ މައްޗަށ ބިނާކޮށްކަމަށެވެ.އަދި ބަންދު މުރާޖަޢާ ކުރުމުގެ ބޭނުމަކީ ޝަރީޢަތް ދިގުލައިގެން ނުދާނެ އުޞޫލެއް ޤާއިމުކުރެ ން ކަމުގައި ވީނަމަވެސް، އެ މީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއިން ދައްކާ މަގެއްނޫންކަމަށެވެ. އަދި ޝަރީޢަތް އަވަސްކުރެވނޭ ހަމައެކަނިގޮތަކީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ޝަރީޢަތްކުރާނެ، އެކަން ކުރުމަށް އެ ކަށޭނ މިންވަރަކަށް އިމާރާތާއި މުވައްޒަފުން ވީހާއަވަހަކަށް ޝަރުޢީ ދާއިރާއަށް ހޯދައިދިނުމުންކަމަށ
43މީގެއިތުރުން، ބަންދު މުރާޖަޢާ ކުރަންވާނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާއިޝަހީބ އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވާ ތަރަހައިގެ ތެރެއިންކަމަށާއި، އެ ތަރަހައިގެ ބޭރުން، މީހެއްގެ މައްޗަށ ދަޢުވާކުރެވި ހިނގަމުންދާ އަސްލު މައްސަލައިގެ ޝަރީޢަތުގައި ހުށަހެޅޭ ހެކިތަކުން ހާމަވާ ކަންކަމަށް ރިޢާޔަތް ކޮށްގެން ނުވާނެކަމަށް ބުނެފައިވެއެވެ. އަދި މައުޟޫޢީ މައްސަލައިގައި ޙުކުމް ކުރުމުގެކުރިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2022/HC-B12/96,100 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2024/SC-A/09 ޤަޟިއްޔގާ 26 ވަނަ ނުކު ތ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/93 ޤަޟިއްޔާ . ދަށުކޯޓުން ވަކިވަކި ހެކިތައް ވަޒަންކުރުމުން، އިސްތިއުނާފީ ކޯޓުގައި އެ މައްޗަށް ބަހުސްކުރެވި ގޮތްނިންމާނަމަ، އަސްލު މައްސަލައިގެ މުއާލާތް ކެނޑި، މުޅި ޝަރީޢަތުގެ މަރުހަލާ ފަސާދަވެ، ތަޣައްޔަރ ވާނެކަމަށް ބުނެފައިވެއެވެ.
44ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ )ހ(ގައި، އެ ޤާނޫނުގެ ދަށުން ތަޙުޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ދެމެހެއްޓުމަށް ކޮށްފައިވާ އަމުރުގެ މުއްދަތު ދެ ގުވެއްޖެކަމަށްބުނެ ހުށަހަޅާ ޙާލަތުގައި، އެފަދަ މުއްތަހަމެއްގެ ބަންދު މުރާޖަޢާ ކުރަންޖެހޭކަމަށް ބުނެފައިވެއެވެ. އެ ޤާނޫނުގެ 36 ވަނަ މާއްދާގެ )ށ(ގައި، އެފަދައިން ބަންދު މުރާޖަޢާކުރާއިރު، މައްސަލައިގައި އެހައިތަނަށް ކުރެވިފައިވާ މަސައްކަތާއި، ހޭދަވެފައިވާ ވަގުތާއި، މުއްތަހަމާމެދު ކަންކުރެވެމުންދާ ގޮތާބެހޭގޮތުން، ފުލުހުންނާއާކުށުގެ ތުހުމަތުގައިވާ މީހާގެ ހޟީރުގައި މަޢުލޫމާތު ސާފުކުރަންވާނެކަމަށް ބުނެފައިވެއެވެ.
45ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ )ނ(ގައި، ބުނެވިދިޔަ ޙާލަތުގައި ބަންދު މުރާޖަޢާ ކުރުމަށްފަހު ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު ބާޠިލުކުރުމަށް އެދެވިދާނެ ޙާލަތްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
45.1. އެ މީހަކީ ތަޙުޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބެހަ އްޓުން ކޮންމެހެން ބޭނުން މީހެއް ނޫންކަމަށް ފެނުން؛ ނުވަތަ
45.2. އެ މީހަކު ބަންދުގައި ބެހެއްޓި ޙާލަތު މިހާރު ބަދަލު ވެއްޖެކަމަށް ފެނުން؛ ނުވަތަ
45.3. އެ އަމުރު އެގޮތަށް ދެމެހެއްޓުމުގެ ބޭނުމެއް އިތުރަށް ނެތްކަމަށް ކޯޓަށް ފެނުމުންނެވެ.
46ބުނެވިދިޔަ ކޮންމެ ޙާލަތެއްގެ މައަ ޗަށް ބިނާކޮށް،ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ބަންދުގައި ބަހައްޓާފައިވާ މީހަކު ބަންދުން ދޫކޮށްލެވިދާނެއެވެ. ހަމައެއާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލ ޙް ސނިޤެ ޟަ އްޔާގައި، ޢަދާލަތުގެ ޢާއްމު ހަމަތަކާއެއްގޮތަށް، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައވި ފަދައިން އިންސާފުވެރި ޝަރީޢަތެއް ކުރެވުނުކަން ކަށަވަރުވާނީ ފަނޑިޔާރުގެ ނިންމުމަށް ވާސިލުވި ސަބަބުތައް ބަޔާންކޮށްފައި އޮތުމުންކަމަށް ކަނޑައަޅުއްވާފެއެވެ. އެހެންކަމުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ )ނ(ގެ ދަށުން، މިބާވަތުގެ މައްސަލަތަކުގައި މުއްތަހަމަކީ ކޮންމެހެން ބަންދުގައި ބަހައްޓަންޖެހޭ މީހަކަށް ނުވުމާއި، ބަންދުގައި ބެހެއްޓި ޙާލި ތ ބަދަލުވުމާއި، ބަންދު ދެމެހެއްޓުމުގެ އިތުރު ބޭނުމެއް ނެތްކަމަށް ފަނޑިޔާރަށް ފެނިވަޑައިގަތް ސަބަބުތައް، މުއްތަހަމު ބަންދުން ދޫކޮށްލުމަށް ކޯޓުން ކުރައްވާ އަމުރުގައި ބަޔާން ކުރަންވާނެކަމަށް ދެކެމެވެ.
47މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައިވާ ކަންކަމަށް ރިޢާޔަތްކޮށް، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ފޯރަފާނެތީކަމަށް ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތްބަންދުން ދޫކޮށްފައިވަނީ ބަންދުގައި ހޭދަކޮށްފައިވާ މުއްދަތުގައި މީނާގެ ފަރާތުން ޤާނޫނާއި ގަވި އިދާ ޚިލާފަށް ކ މެއް ކޮށްފައިވާކަމަށް ބަންދުގައި ބަހައްޓާފައިވާ އިދާރާއިން އަދ އެހެން ފަރާތަކުންވެސް ކޯޓަށް މަޢުލޫމާތު ދެއްވާފައިނުވާތީއާއި، މައްސަލައިގައި ދައުލަތުގެ ހުރިހާ ހެކިންގެ ހެކިބަސްނަގައި ނިމިފައިވާތީކަމަށް މީނާ ބަންދުން ދޫކުރި އަމުރުގައި ބަޔާންކޮށްފައިވެއެވެ.
48ޕްރިސިޑެންސް 5މި މައްސަލައިގައި އިސްތިއުނާފު ކޮށްފައިވާ ކްރިމިނަލް ކޯޓުގެ އަމުރަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައިވާ ކަންކަމަށް ރިޢާޔަތްކޮށް، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވާފަދ މީހެއްކަމަށް ބެލެވުނު ޙާލަތު ބަދަލުވިކަމެއް ނުވަތަ ބަދަލުވިގޮތެއް އެނގޭކަށްނެތެވެ. އަދިއިސްތިއުނާފ ރައްދުވާ ފަރާތުން ބަންދުގައި ހުރިއިރު ޤާނޫނާއި ގަވާއިދާ ޚިލާފަށް ކ މެއް ކޮށްފައިވާކަމަށް ބަންދުގައަ ބަހައްޓާފައިވާ އިދާރާއިން އަދި އެހެން ފަރާތަކުންވެސް ކޯޓަށް މަޢުލޫމާތު ދެއްވާފައިނުވެ ކަމަށް، އ އަމުރުގައާ ބަޔާނކޮށްފައިވާއިރު، އިސްތިއުނާފު ރައްދުވަފަރާތަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން ޖަލުގައިހުރި މީހަކަށްވެފައި، މިނިވަނަކާ ޚިލާފަށް، މީނާ ޖަލުގައި ހުރެގެން ޤާނޫނާ ގ ވާއިދ ޚިލާފަށް އިތުރު ޢަމަލެއް ކުރުމުގެ ފުރުޞަތު ނުވަތަ އެފަދަ ޢަމަލެއް ހިންގާނެގތެއް،އަދި މި މައްސަލައަށް އެ ޙާލަތު ތަޠުބީޤުކުރެވޭ ޤާނޫނީ ބިނާއެއް އެނގޭކަށްނެތެވެ.
49ބަންދުގައި ހުރިހުރުމުގައި އިޞްލާޙުވުމަށް މަސައްކަތްކުރުމާއި، ބަންދުގައި ހުންނަ ތަނެއްގެ ގަވާއިދުތަކަށް އިޙުތިރާމުކުރުމަކީ، އުޞޫލެއްގެގޮތުން ޙުކުމް ތަންފީޒުކުރާ މީހުންގެ ޙުކުމުގެ މުއްދަތަށް ލުޔެއްދނި މަށް ރިޢާޔަތްކުރެވޭ ކަންކަމެވެ. އެހެންނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގ 50 ވަނަ މާއްދާގައި، އެ ޤާނޫނުގެ ދަށުން ބަންދުގައި ހުންނަ މީހާގެ މައްޗަށް ކަފާލާތުގެ ނުވަތަ ޕެރޯލްގެ އުޞޫލު ނުހިނގާނެކަމަށް ބަޔާން ކޮށްފައިވުމުން، މިބާވަތުގެ ކުށުގެ ތުހުމަތަކާ ގުޅިގެން ޖަލުބަންދުގައި ހުނުން އިރް،މުއްތަހަމުގެ އުޅުން ހުރިނެތްގޮތަކީ ބަންދުނީ ދޫކުރުމަށް އެކަށީގެންވާ ޤާނޫނ ސަބަބެއްކަމަށް ނުދެކެމެވެ.
50ޕްރިސިޑެންސް 6އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ތިހުމަތުކުރެވޭ މައްސަލައިގައި ދައުލަތުގެ ހުރިހާ ހެކިންގެ ހެކިބަސްނަގައި ނިމިފައިވުމަކީ މި ބާވަތުގެ މައްސަލަތަކުގައި މުއްތަހަމު ބަންދުން ދޫކުރުމަށް އެކަށީގާންވެ ސަބަބެއްތޯ ބަލާއިރު، ކުށުގެ ވެށީގައިއުޅޭ މީހުންގެ ޢަމަލުތަކާއި ދިވެހިރާއްޖޭގެ ޢަދުލުގެ ނިޒމުގައިހުރ ޙަޤީޤަތްތަކަށް ރިޢާޔަތް ކުރަންވާނެކަމަށް ދެކެމެވެ. އެގޮތުން، ޖިނާއީ މައްސަލައިގައި ހެކިބަސް ނަގައި ނިމުމުން މުއްތަހަމު ބަންދުން ދިކޮށްލުމުން، ހެކިބަހާމެދު ސުވާލު އުފެއްދުމުގެ ނިޔަތުގައީ،މުއްތަހަމުގެ ނުފޫޒުގެ ތެރެއިން ހެކިން ލައްވައި ޝަރީޢަތަށް ސިޓީ ފޮނުވުން ގިނަވެފައިވާއިރު، އެފަދަ ސިޓީތަކުގެ މައްޗަށް ބިނާކޮށް، ޝަރީޢަތުގެ މަޖިލީހުގައި ހުވައިކޮށް ނަގާފައިވާ ހެކިބަސް އެއްކިބާކޮށް، އެކަށީގެންވާ ޝއްކުއުފެދޭކަމަށް ކަނޑައަޅައި، މައުޟޫޢީ މައްސަލަތައް ނިންމަމުން ދާއިރު، ހެކިބަސް ނަގައި ނިމިފައި އޮތުމަކީ އޭގެޒާތުގައި ބަންދުން ދޫކުރަންޖެހފަދަ އެކަށީގެންވާ ޤާނޫނީ ސަބަބެއްކަމަށް ނުދެކެމެވެ.
51ޕްރިސިޑެންސް 7އެހެންކަމުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞެ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ )ހ(ގެ ދަށުން ބަންދު މުރާޖަޢާކުރުމުގައި، އެ މާއްދާގެ )ށ(ގައިވާ ގޮތުގެމަތިން މަޢުލޫމާތު ހޯދައި އަދާހަމަކުރުމަށްފަހު، މުއްތަހަމު ކުށުގެ ޢަމަލު ހިންގިގޮތުގެ ޚާއްޞަ ސިފަތަކަށް ރިޢާޔަތް ކުރުމާއެކު، އެ ޤާނޫނުގޫ 32 ވަނަ މާއްދާގައިވާ ކަންކަން އަލުންބަލައި ވަޒަންކުރަނު ވާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުނ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ އެއްގޮތަށްކަމަށް ދެކެމެވެ. ސަބަބަކީ، އެ ޤާނޫނުގެ މަޤުޞަދުތަކާއި، އެ ޤާނޫނުގެ 28 ވަނަ މާއްދާގައިވާ ޤާނޫނީ އުޞޫލާއެކު، އެ ޤާނޫނުގެ 36 ވަނަ މ އ ދާގެ ދަށުން ބަންދު މުރާޖަޢާކުރުމުގައި ޝަރީޢަތުގެ ކުރިމަތީގައި އޮންނާނެ ސުވާލަކީ، އެ މީހަކު ބަންދު ދަމަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަމެވެ. އަދ ކަޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައިވާ ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދު ދެމެހެއްޓުމާމެދު ގޮތެއްނިންމުގައި ރިޢާޔަތް ކުރަންޖެހޭ އިތުރު ކަންކަން ބަޔާންކޮށްފައިވަނީ އެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުންކަމަށް ވެފައި، އެ ޤާނނުގ 36 ވަނަ މާއްދާގައިވާ ޙާލަތެއް އޮތްކަމާމެދު ގޮތެއް ނިންމުމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުނުޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔާ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ އުޞޫލަށް ރިޢާޔަތް ކުރަންޖެހޭތީއެވެ.
52ބުނެވިދިޔަ ސަބަބުތަކަށްޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ )ހ(ގެ ދަށުނާ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަންދު މުރާޖަޢާ ކުރުމަށްފަހް،އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރުމަށް ކްރިމނަލި ކޯޓުނިމި މައްސަލައިގައ ނިންމަވާފައިވަނީ، އެ ޤާނޫނުގެ 36 ވަނަ މާއްދާގެ )ށ( އަދި )ނ(އާ ޚިލާފަށްކަމަށް ދެކެމެވެ. މުއްތަހަމު ބަންދުގައި ހޭދަކޮށްފައިވާ މުއްދަތާއި ޝަރީޢަތް އެކަށީގެންވާ މިނަށްވުރެ ލަސްވުމަކީ ބަންދުން ދޫކޮށްލުމަށް އެކަށީގެންވާ ސަބަބެއްތޯއާއި، އެ ޙާލަތުގައި ޝަރީޢަތުން ރިޢާޔަތް ކުރަންޖެހޭނީ ކޮންކަންތަކަށްތޯ؟
53މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށްކްރިމިނަލ ކޯޓުނެ ނިންމަވާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައިވާ ކަންކަމަށް ރިޢާޔަތްކޮށް، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ފޯރަފާނެތީކަމަށް ބަޔާންކޮށްފައިވާއިރ، އިސްތިއުނާފު ރައްދުވާ ފަރާތް ބ ންދުނ ދޫކޮށްފައިވަނީ ބަންދުގައި ހޭދަކޮށްފައިވާ މުއްދަތުގައި މީނާގެ ފަރާތަން ޤާނޫނާއި ގަވާއިދާ ޚިލާފަށް ކ މއ ކޮށްފައިވާކަމަށް ބަންދުގައި ބަހައްޓާފައިވާ އިދާރާއިން އަދި އެހެން ފަރާތަކުންވެސް ކޯޓަށް މަޢުލޫމާތު ދެއްވާފައިނުވާތީއާއި، މައްސަލައިގައި ދައުލަތުގެ ހުރިހާ ހެކިންގެ ހެކިބަސްނަގައި ނިމިފައިވާތީކަމަށ، މީނާ ބަންދުން ދޫކުރި އަމުރުގައި ބަޔާންކޮށްފައިވެއެވެ.
54އިސްތިއުނާފު ރައްދުވާ ފަރާތުން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން ބަންދުގައި ބެހެއްޓުމުގެ މަފްހޫމްއާއެކު، ޤާނޫނުއަސާސީގެ 51 ވަނަ މައްދާގެ )ށ(ގައިވާ އެކަށީގެންވާ އަވަސް މިނެއްގައި ޝަރީޢަތް ކުރެވުމުގެ ޙައްޤާއި، 51 ވަނަ މާއްދާގެ )އ(ގައިވާ ޝަރީޢަތުން ކުށްސާބިތު ނުކުރެވޭނަމަ އެ މީހަކީ ކުށެއްނެތް މީހެއްކަމުގައި ބެލުމުގެ ޙައްޤު ތަރުޖަމާ ކުރުމުގައި، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތައް މާނަކުރުމުގައި، މިނިވަން ދީމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް ނަގަހައްޓައި،ދިވެހިރާއްޖެއިން ބައިނަލްޢަޤުވާމީ މައިދާނުގައި، ދައުލަތެއްގެ ހައިސިއްޔަތުން ޖަވާބުދާރީ ވާންޖެހުމާ ގުޅޭގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުގެ ހުށަހެޅުމުގައި އެކަށީގެންވާ ޤާނޫނ ބަހުސެއް އޮތްކަމަށް ދެކެމެވެ.
55އިސްތިއުނާފު ރައްދުވާ ފަރާތުން ޙަވާލާދީފައިވާ ޔުނައިޓެޑް ނޭޝަންގެ ހިއުމަން ރައިޓްސް ކޮމިޓީގެ ސޯޅަވަނަ ސެޝަންއިނ 30 ޖޫން 1982 ދުވަހު އެޑޮޕްޓް ކޮށްފައިވާ، General CCPR Comment No. 8: Article 9 (Right to Liberty and Security of Persons) ފަށއިގަންނަނީ، މެންބަރު ގައުމުތަކުގެ ރިޕޯޓުތަކަށް ބަލާއިރު، އިންޓަރނޭޝަނަލް ކޮވްނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކލް ރައިޓްސްގ )އައި.ސީ.ސީ.ޕީ.އާރް( 9 ވަނަ މާއްދާގައިމިނިވަންކަމާއި ރައްކާތެރިކަމުގެ ޙައްޤު ފަހުމްވެފައިވަނީ އެކަށީގެންނުވާ މިންވަރަށް ހަނިކޮށްކަމުގެ ކަންބޮޑުވުމާއެކުއެވެ. އައި.ސީ.ސީ.ޕީ.އާރްގެ 9 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ވާ މަފްހޫމްއާ ގުޅޭގޮތުންއެ ކޮމެ ނ ޓުގ 3 ވަނަ ޕެރެގްރާފްގައިވަނީ، ޝަރީޢަތް ފ ށުމުގެކުރިން ބަންދުގައި ބެހެއްޓުމެ ކ އިސްތިސްނާއީ ޙާލަތެއް ކަމަށްވެފައި، އެ ވާންވާނީ ވީއެންމެކުރު މުއްދަތަކަށްކަމަށެވެ. އަދ އެފަދަ ބަންދުގައި ހުންނެމުއްދަތު ކުރުކޮށް، އ މީހެއްގެ ޝަރީޢަތް އެކަށީގެންވާއަވަސްމިނެއްގައި ކުރިއަށް ގެންދިޔުމަށް މެންބަރު ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތައް ރިޕޯޓުގައި ހިމެނުމުގެ މުހިއްމުކަން ފާހަގަކޮށްފައިވެއެވެ.
56ބުނެވިދިޔަ ކޮމެންޓުގެ 4 ވަނަ ޕެރެގްރާފްގައި، މުޖުތަމަޢުގެ ސަލާމަތާއި ރއްކާތެރަ ކަމަށްޓަކައި ބަންދުގައި ބަހައްޓާ މީހުންގެ ޙައްޤުތައް ހިފެހެއްޓުމުގައި، އިޖުރާއަތާ އެއްގޮތަށް އަދި ސަބަބު ބަޔާންކުރުމާއް ކ ހައްޔަރު ދަމހައްޓަންޖެހޭއިރު، އެކަންކުރަންވާނީ ކޯޓުގެ ބެލުމުގެ ދަށުންކަމަށް ބުނެފައިވެއެވެ. އަދި އެ އުޞޫލުތަކާ ޚިލާފުވުމުގެ ނަތީޖާއަކީ ބަދަލު ލިބިދިނުންކަމަށް ބަޔާންކޮށްފައިވެއެވެ.
57ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަލީމަތާލަމް ޙާ ޢަބްދުއްރަޙު މ ނ ޤަޟިއްޔާގައި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )ށ(ގައިވާ ގޮތުގެމަތިން، އެކަށީގެންވާ އަވަސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/79 ޤަޟިއްޔާ. މިނެއްގައި ޝަރީޢަތް ކުރެވުމުގެ ޙައްޤާ ގުޅުންހުރި ބަހުސަކީ އޮޅުންބޮޅުންބޮޑު މައްސަލައެއްކަން އެމެރިކާގެ ސުޕްރީމް ކޯޓުގެ ނިންމުންތަކުން އެކަށައަޅާފައިވާ އުޞޫލުތަކުން އ ނގޭކަމެށ ބަޔާންކޮށްފައިވެއްވެ. އަދި މުއްތަހަމުގެ ނަޒަރުންނާއި ހެކިންގެ ހަނދާން ފަނޑުވުމުގެކުރިން ހެކިބަސް ނެގުމާއި، އިންޞާފު ޤާއިމުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކެއްކަމަށް ބަޔާންކޮށފައިވެއެވެ. ހަމައެއާއެކު، އަވަސް ޝަރީޢަތުގެ ޙައްޤަކީ މުޠުލަޤު ޙެ އްޤެއް ނޫންކަމާއި، މުއްތަހަމުގެ އެދުމުގެ މައްޗަށ މައްސަލައިގެ އަޑުއެހުން ފަސްކުރުމުން މައްސަލަ ލަސްވުމަށް މެދުވެރިވުމާއި، ކޯޓުގެ ވަޞީލަތް ނެތުމުގެ ސަބަބުން މައްސަލަ ނިންމުން އާދަޔާ ޚިލާފަށް ލަސްވުމަކީ، ބަންދުކުރުމާ ގުޅޭގޮތުން މިހައިތަނަށ ޤާއިމުކޮށްފައިވު އުޞޫލުތައް ދޫކޮށްލެވެނޭ ސަބަބެއް ނޫންކަމަށެވެ. އަދި ޝަރީޢަތް ދާ ގ ލައިގެންދ ކަންކަން ފާހަގަކޮށް ބަންދަށް ލުއިދިނުމުގައި ކަންކަން ވަޒަންކޮށް ސަބަބު ބަޔާން ކުރަންވާނެކަމަށް ކަނޑައަޅުއްވާފައިވެއެވެ.
58އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީޢަތް ކުރެވުމުގެ ޙައްޤާ ގުޅޭގޮތުން ކެނަޑާގައ ކަންކުރެވޭގޮތަށް ބަލާއިރު،އެކަށީގެންނުވާ ލަސްވުމެއް އޮތްކަމަށްބެލުމުގައި ގިނަކަންތައްތަކެއް އަޅައިކިރައި ވަޒަންކުރެއެވެ. އަދި އެކަންކަމަކީ މައްސަލައަގެ ޙުކުމުގެ މަރުޙަލާގައި ރިޢާޔަތްކުރެވޭ ކަންތަކެވެ. އެގޮތުން، ޤާނޫނުގައި ބަޔާން ކޮށްފައިވާފަދިއެކަށީގެންނުވާ ލަސްވުމެއް އޮތްކަމަށް ބެލެވުއރަ،މައްސަލައިގައި ޙުކުމް ކުރަނީ މުއްތަހަމުގެ މައްޗަށް ކުށްސާބިތު ނުވާކަމަށްވާނަމަ، މާލީ ބަދަލު ދިނުމަށް ކަނޑއެޅިދާނެއވެ. އަދި އެކަށީގެންނުވާ ލަސްވުމަކަށްފަހު މައްސަލައިގައި ކުށްސާބިތުވާ ޙާލަތުގައި، އެ ސަބަބުގެ މައްޗަށް ބިނާކޮށް އަދަބަށް ލުއިދިނުމަށް ކަނޑައެޅުމުގެ ފުރުޞަތުއޮވެއެވެ. ބުނެވިދިޔަފަދަ އެކަށީގެންނުވާ ލަސްވުމެއް އޮތްތޯ ބެލުމުގއ، މުއްތަހަމާއި، ދައުލަތާއި، މުއައްސުސާތަކުގަ ލަސްވުންތައް އުނިކޮށް، ލަސްވިލަސްވުނ ވަޒަންކރުމުގެ ޝަރީޢަތްކުރުމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް ރިޢާޔަތް ކުރެވެއެވެ.
59ބުނެވިދިޔަ އުޞޫލަށް ރިޢާޔަތްކުރާއިރު، ކެނަޑާގެ ނިޒާމު ތަރުތީބު ވެފައިވާގޮތުން، ބަންދުގައި ގިނަދުވަސްތަކެއް ވޭތުކޮށްފައި ޝަރީޢަތް ފެށުމަށްފަހު ހޭދަކުރަންޖެހޭ މުއްދަތު އަދަބުގެ މުއްދަތަށްވުރެ ދިގުވުމުގެ ފުރުޞަތުވެސް އޮވެއެވެ. އެ ސަބަބުގެ މައްޗަށްބިނާކޮށް ކުށްނުކުރާ މީހުންވެސް ޝަރީޢަތް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/79 ޤަޟިއްޔާގެ 45 އިން 47 ވަނަ ނުކުތާ. Colton Fehr, ‘Remedying Unreasonable Delay’ [2023] Alberta Law Review, 739. އަވަސްކުރުމުގެ ބޭނުމަށްޓަކައި، ނުކުރާކުށަކަށްވެސް އިޢުތިރާފުގެ އެއްބަސްވުން ހަދައި މައްސަލަ އަވަހަށް ނިންމުމުގެ ކަންބޮޑުވުން އޮވެއެވެ.
60ޕްރިސިޑެންސް 9މީގެއިތުރުން، މި ބާވަތުގެ މައްސަލަތަކުގައި، މުއްތަހަމުގެ އަސާސީ ޙައްޤުތަކާ އެއްހަމައެއްގައި، ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގައި ޢާއިލާއާއި ޖަމާޢަތާއި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދިންނަށް ލިބިގެންވާ ޙައްޤެކެވެ. އަދ ޤާނޫނުއަސާސީގަ 68 ވަނަ މާއްދާގެ ދަށުން، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑްގައާދިވެހިރާއްޖެ ސޮއިކުރުމުގެ ސަބަބުން ދައުލަތުގެ ޒިއްމާތަކުގެ ތެރޭގައި، އެ މުޢެ ހދާގ 34ވ ނ މާއްދާގެ ދަށުން، ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާއި ކުޑަކުދިންގެ ޖިންސީފައިދާ ނެގުން ހުރިހާ ގޮތަކުން ހުއްޓުވައި، ކުޑަކުދިން ރައްކާތެރި ކުރުމަށް ކުރެވެންހުރި އެންމެހައިކަންކަން ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމުވެއެވެ. އަދ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމީ ދ ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނަކީ ބުނެވިދިޔަ މުޢާހަދާގެ ދަށުން ދިވެހި ދައުލަތުގެ ޒިއްމާއަދާކުރުމުގެ ތެރެއިން އުފަންވެފައިވާ ޤާނޫނެއްކަމަށްވެސ މި ޙާލަތުގައި ބަލަންޖެހޭނެކަމަށް ދެކެމެވެ.
61އހެންކަމުނެ، އިސްތިއުނާފު ރައްދުވާ ފަރާތުގެއެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތް ކުރެވުމުގެ ޙައްޤާއި، ޙުކުމްކުރުމުގެ ކުރިން ބަންދުގައި ހޭދަވި މުއްދަތު ދިގުވުމ އެކުއެކެ ގައި،ދިވެހިރާއްޖޭގ ކުޑަކުދިންނަށް މުޖުތަމަޢުއާއި ދައުލަތުގެ ޚާއްޞާރައްކާތެރިކަން ފޯރުކުރުމި އ، ޖިންސީ ގޯނާއާއި ޖިންސީ ނާޖާއިޒް ފައިދާ ނެގުމުންދިވހިރާއްޖޭގެ ކުޑަކުދިނެ ރައްކާތެރިކުރުމުގެ ޙައްޤު ވަޒަންކުރަންވާނީ އެކްގައީ އެއްހަމައަކުންކަމަށ ދެކެމެވެ.
62ޝަރީޢަތުން ޙުކުމެއް ކުރެވުމުގެ ކުރިން ބަންދުގައި ބަހައްޓާފައިވާ މީހެއްގެ ބަންދުގެ މުއްދަތު ދިގުވުމުގެ ސަބަބިން، އެކަމުގެ މައްޗަށް ބިނާކޮށް މީހަކު ބަންދުން ދޫކޮށްލުމުގައި ރިޢާޔަތް ކުރަންޖެހޭ ވަކި ޚާއްޞަ، އަދޮހުރިހާ މުއްސަލައެއްގައި ޢަމަލުކުރަން ހެޔވަރި ހައްލު ލ ބިދިނވ މެޖިކްފޯމއުލާއެއިކޯޓަށް ދެވިދާނެކަމަށް ނުދެކެމެވެ. އަދ ކޮންމެ މައްސަލައެއްވެސް ވަޒަންކުރަންޖެހޭނީ އެ މައްސަލައިގެ ޚާއްޞަ Christopher Sherrin, ‘Excessive Pre-Trial Incarceration’ [2012] Sask.L.Rev, 55. States Parties undertake to protect the child from all forms of sexual exploitation and sexual abuse. For these purposes, States Parties shall in particular take all appropriate national, bilateral and multilateral measures to prevent: (a) The inducement or coercion of a child to engage in any unlawful sexual activity; (b) The exploitative use of children in prostitution or other unlawful sexual practices; (c) The exploitative use of children in pornographic performances and materials. Convention on the Rights of the Child (Adopted 20 November 1989, entered into force 2 September 1990) 1577 UNTS 55 Art 34. ޙާލަތަށް ރިޢާޔަތްކޮށްގެންކަމަށް ދެކެމެވެ. އިކަންކަން ބިނާވާނީ، އެ މައްސަލައިގެ ބާވަތާއި، ކުށުގެ ޢަމަލުގައި މުއްތަހަމު ބައިވެރިވި މިންވަރާއި، ގޮތާއި، މުއްތަހަމު ހައްޔަރުގައި ހުންނައިރު އެމު ހަކާމެދީ ދައުލަތުން ޢަމަލުކުރާ އަދި ބަންދުގައި ހުންނައިރު މުއްތަހަމުގެ ޢަމަލުތައް ހުންނަގޮތާއި، އެ މީހަކު މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުމުގެ ސަބަބުން ޢާއްމުންނަށްއޮތް ނުރައްކަލާއި، ދޫކޮށްލުމުން ހެކިބަހަށް ކޮށްފާނެ އަސަރަކާއި، މުއްތަހަމުގެ ކުށުގެ ތުހުމަތުގިއިވާ މީހަކު ދޫކުރުމުގެ ސަބަބުން ޤާނޫނުގެ ވެރިކަމާއ، ޝަރީޢަތުގެ ހަތަރުފާރު ތެރޭގައި ހިނގާ ކަންކަމުގެ އިތުރުން މުޖުތަމަޢަގައި ޢަދުލު އިންޞާފުގެ ނިޒާމާމެދު އޮންނަ އިތުބާރުފަދ ޙަޤީޤަތްތަކާއި މާ އްސަލައިގަ ވަށައިގެންވާ އިތުރު އެހެނިހެން ކަންތައްތަކުގެ މައްޗަށެވެ.
63ދިވެހިރާއްޖޭގައި ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވާ މީހުންގެ ޢަދަދު ގިނަވެފައި، ޝަރީޢަތް ކުރުމުގެ ދުވެލި ލަސްވުމަކީ ޖިނާއީ ޢަދުލުގެ ނިޒާމުގެ އެންމެބޮޑު އެއްގޮންޖެހުމެވެ. ޤާނޫނުއަސާސގ 18 ވަނަ މާއްދާގައި، އެ ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރުމާއި، އަސާސީ ޙައްޤުތަކުގެ ބާބުގައި ލިބިދީފައިވާ ޙައްޤުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމަށް ބުނެފައިވެއެވެ. އަދި މައްސަލައިގެ ޝަރީޢަތް އަވަސްކުރެވި، ބަންދުގައިވާ މީހުންގެ މައްސަލައަށް ހައްލެއް ލިބޭނީ ޝަރީޢަތް އަވަސްކުރެވޭނެ އެކަށީގެންވާ ވަސީލަތްތައް ދައުލަތުން ފަނޑިޔާރުގެއަށ ފޯރުކޮށްދިނުމުންކަނ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔެ ޤަޟީއްޔާގައިދިވެހިރާއްޖޭގ ސުޕްރީމް ކޯޓުނ ފާހަގަ ކުރައްވާފައިވެއެވެ.
64ޕްރިސިޑެންސް 8އެހެންކަމުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ހުށަހެޅުމާ ޚިލާފަށް، ދިވެހިރާއްޖޭގައި ޝަރީޢަތްކުރެވުމުގެ އެކަށީގެންވާ ވަޞީލަތްތައް ދައުލަތުން ފޯރުކޮށްދީފައި ނެތުމުގެ ސަބަބުން މައްސަލަ ދިގުލައިގެން ދިޔުމަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުޑަކުދިންނަށް ޖިނެސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ މުއްތަހަމު ބަންދުގައި ބަހައްޓަންޖހޭފަދަ ޙާލަތެއް ވުޖޫދުވެފައިވާ މައްސަލައެއްގައި، ބަންދުން ދޫކުރުމަށް އެކަށީގެންވާ ޤާނޫނ ސަބަބެއްނޫނެވެ. އަދި ދައުލަތުގެ ވަޞީލަތްތައް ނެތުމުގެ ސަބަބުން، އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތް ކުރުމުގެ ޙައްޤަށް އުނިކަންލިބުނުކަން ނުވަތަ ނޫންކަމާއި، އުނިކަންލިބުނު ނިސްބަތަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ނަތީޖާއަކަށްވާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ ދަށުން، އެ މީހަކު ބަންދުގައި ހޭދަކުރި މުއްދަތު ޙުކުމު ން އުނިކުރުމގެ އިތުރުން، ކަނޑައެޅޭ ޖަލުއަދަބަށް ޤާނޫނު ހުއްދަކުރަނިވި އިތުރު ލުޔެއް ދެވިދާނެ ޙާލަތެއްކަމަށް ބަލައި، ތަންފީޒުކުރަންޖެހޭ ޙުކުމުން އިތުރު މިންވަރެއް އުނިކުރުންކަމަށް ދެކެމެވެ.
65ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގަ 36 ވަނަ މާއްދާގައި، "ބަންދުގައިހުރި މުއްދަތު ދިގުވެއްޖެކަމަށް ކޯޓަށް ފާހަގަކުރެވިއްޖެނަމަ" ބަންދު މުރާޖަޢާކުރުމަށް އެދުމުގެ ފުރުޞަތުއޮތުމުން، ބަންދުގެ މުއްދަތު ދިގުވުމަކީ ބަންދު މުރާޖަޢާ ކުރުމަށް އެކަށީގެންވާ ސަބަބެއްކަމަށް ބެލެވިދާނެކަމަށް ދެކެމެވެ. ހަމައެއާއެކުއެކީގައި، ބަންދުގައި ހުންނަ މީހެއްގެ މައްޗަށް ކަފާލާތުގެ އުޞޫލު ނުހިނގާނެކަމަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެޤާނޫނގ 50 ވަނަ މާއްދާގައި އޮތުމުން، އެ ޤާނޫނުގެ 31 ވަނަ މާއްދާގައި ކުޑަކުދިން ރައްކާތެރި ކުރުމަށް ނުވަތަ ކުށްތަކުރާރު ކޮށްފާނެތީ ނުވަތަ ހެކިންނަށް ނުފޫޒު ފޯރުވަފާނެތީ ބަންދުގައި ބަހައްޓާފައިވާ މީހެއްގެ ޙާލަތީބަދަލުވުމުގެ ސަބަބުން ބަންދުން ދޫކޮށްލންވާނ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔާ ޤަޟި އްޔާގައިވި އުޞޫލުގައިވާ ގޮތުގެމަތިންނެވެ. އަދްއ މައްސަލައިގެ މައުޟޫޢުއަށް އަސަރުނުކުރުވަނި ބީދައަކުން ބަންދުން ދޫކުރސަބަބިކުރުކޮށް ބޔާންކުރުމާއެކަ، މުއްތަހަމުގެ މައްޗަށ ޝަރީޢަތުން ކޮށްފައިވާ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރާކަން ހަރުދަނާ އުޞޫލަކުން ދައުލަތުން ބެލެހެއްޓޭ ނ ގޮތުގެމަތިން، ބަންދުން ދޫކުރުމުގެ ފުރުޞަތު އޮތްކަމަށް ދެކެމެވެ.
66ދައުލަތުންމ މައްސަލަ އިސްތިއުނާފު ކުރިއިރު، އިސްތިއުނާފުކުރާ ފަރާތް ގޭބަންދުގައިހުރި އެޑްރެސް 25 ފެބްރުއަރީ 2024 ދުވަހު ކްރިމިނަލް ކޯޓަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާއިރު، އެ މަޢުލޫމާތު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގައި ދައުލަތުން ޢަމަލުކޮށްފައިވަނީ އެކަށީގެންނުވާ ފަރުވާކުޑަކަމާއެކުއެވެ. ދައުލަތުގެ މި ޢަމަލުގެ ސަބަބުން،ޖަލުބަންދުގައި ހުންނަންޖެހޭކަމަށް ދައުލަތުން ވަކާލާތުކުރާ އަދި ގޭބަންދުން ނުކުމެގެން ނުވާނެ މުއްތަހަމަކު،ޟަރޫރީ ޙާލަތެއްގައި ކޯޓު އަމުރަކާ ޙަވާލުވާންކަމަށްބުނެ، ދައުލަތުގެ އިދާރާއަށް އެންގުމެއްނެތި ގޭބަންދުން ނުކުތުމަށް،ޝަރީޢަތުގައި ޢުޒުރު ދެއްކުމަށް މަގުފަހިވެފައިވެއެވެ. ގޭބަންދުގައިހުރި މީހަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން ގުޅުމުން، އެމީހަކުހުރި އެޑްރެސް ހަނދާން ނެތްކަމަށްބުނެ ކޯޓު އަމުރާ ޙަވާލުވުމަށް ގެއިން ބޭރަށް ނުކުތުމުގެ ބަދަލުގައި، އެ ހުރިއެޑްރެސް ސާފުކުރުމަށްފަހު ދިވެހިރާއްޖޭގެ ހައިކޯޓުން ފޯނުކެ ރ މީހަކަށް އަލުން ގުޅައި، ބަންދުކޮށްފައިވާ އެޑްރެހުގެ މަޢުލޫމާތު ދިނުމަށް ފުރުޞަތުއޮވެ، އެގޮތް އިޚްތިޔާރުކުރުމުގ ބަދަލުގައި، ސަބަބުވެރި މީހަކާ ޚިލާފަށް، އަމުރާ ޙަވާލުވުން ހުއްޖަތަކަށް ހަދައް،އިސްތިއުނާފު ރައްދުވާ ފަރާތަގެއިންބޭރަށް ނުކުމެފައިވަނީ ޟެ ރޫރީ ޙާލަތެއނެތި ޙީލަތްތެރިގޮތަކަށވެ.
67ޕްރިސިޑެންސް 10މީގެއިތުރުން، މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން ބަންދުގައިހުރި މީހަކު، ޝަރުޠާއެކު ގޭގައި ބަންދުކުރުމުށް ކޯޓުންކުރާ އަމުރަކީ އެއްގޮތަށް ޢަމަލުކރާކަން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރެވޭނެ ޤާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ ހަރުދަނާ އުޞޫލެއްނެތެވެ. އަދ ޖިނާއީ މައްސަލައެއްގެ ތުހުމަތުގައި ޖަލުބަންދުގައިވާ ފަރާތްތައް ގޭބަންދަށް ބަދަލުކުރެވެނީ ޤާނޫނާ އެއްގޮތަށްކަމަށް ނުދެކެމެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 57 ވަނަ މާއްދާގައި، އެ ޤާނޫނުގައިވާ ކުށެއް ސާބިތުވެފައިވާ މީހަކު ޙުކުމް ތަންފީޒު ކުރުމަށްފަހުވެސް، އެފަދަ މީހުން އެނގޭނެ ނިޒާމެއް ދައުލަތުން ގާއިމުކުރުމަށް އޮންނައިރު، ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން ޖަލުބަންދުގައި ހުރިމީހަކު، ބަންދުން ދޫކޮށްލާނަމަ އެ މީހަކު އުޅޭނޫޅޭގޮތް، ދައުލަތުގެ ނިޒާމުގެ ތެރެއިން ހަރުދަނާ ގޮތެއްގައި ބެލެހެއްޓެން ވާނެކަމަށް ދެކެމެވެ.
68ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ )ބ(ގައި، ޝަރީޢަތުގެ ކުރިން ނުވަތަ އެނޫންވެސް ގޮތަކަށް މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށް ނުވަތަ މިނިވަންކަން ހިފެހެއްޓޭނެ ޙާލަތު މުޠާލިޢާކޮށ މުރާޖަޢާކަ ރަމުން ގެންދިޔުމާއި، އެ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމުގެ ޒިއްމާއޮތީ، ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ކިބައިގައެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 58 ވަނަ މާއްދާގައި، އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، ހިންގުމުގެ ޒިއްމާއޮތީ އެޓަރނީ ޖެނެރަލްގެ މައްޗަށެވެ. ޝަރީޢަތުން ޙުކުމް ކުރުމުގެކުރިން ޖަލު ބަންދުގައި ހުންނަފަރާތެއް ގޭބަންދަށް ބަދަލުކުރުމަކީ ދައުލަތުގެ ސިޔާސަތެއް ކަމުގައިވާނަމަ، އެކަންކުރަންޖެހޭނީ ޤާނޫނީ އުޞޫލުތި ކުގެ ތެރެއިންކަމުގައިވާއިރު، އެފަދަ އުޞޫލއްނެތ ޖަލުބަންދުގައިހުރި މީހަކު ގޭބަންދަށް ޤާނޫނީގޮތުން ބަދަލުކުރެވޭނެކަމަށް ނުދެކެމެވެ.
69އިސްވެ ބަޔާންކުރި ސަބަބުތައް އެގޮތުގެމަތިން ހުރުމުން؛
69.1. ކްރިމިނަލް ކޯޓުގެ ނަންބަރު 145-B5(485,486-2020)/ABA/2024/03 )21 ފެބްރުއަރީ 2024 ( ކޯޓު އަމުރިބާޠިލ ކުރުމަށާއ، އަދި
69.2. މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އިސްތިއުނާފު ރައްދުވާ ފަރާތަކީ، މީނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީޢަތޭނިމެންދެނ ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން، މި ޙުކުމްކުރާ ތާރީޚުން ފެށިގެން
7 )ހަތެއް( ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓުނ ކަނޑައަޅަންދެން، އިސްތިއުނާފު ރައްދުވާ ފަރާތް ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ކަނޑައަޅަން ފެނެއެވެ.
70މި މައްސަލައިގައި ފަނޑިޔާރުދީބާނާޒް ފަހުމގ ރައުޔަށް ތާއީދު ކުރަމެވެ.
71މި މައްސަލައިގައިފަނޑިޔާރ ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދު ކުރަމެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ށ)، 18، 35 (ހ)، 42، 49، 51 (ށ) އަދި (އ)، 68، 143 (ރ)، 223 (ބ) ވަނަ މާއްދާތައް
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 2، 28، 30، 31، 32، 35، 36 (ހ)(ށ)(ނ)، 50، 57، 58 ވަނަ މާއްދާތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60، 149، 186 ވަނަ މާއްދާތައް
- Convention on the Rights of the Child, Art 34
- International Covenant on Civil and Political Rights, Art 9; CCPR General Comment No. 8 (Article 9)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2024/SC-A/09 ޤަޟިއްޔާ (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2020/SC-A/93 ޤަޟިއްޔާ (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2021/SC-A/13 ޤަޟިއްޔާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުސްސަލާމް)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2020/SC-A/100 ޤަޟިއްޔާ (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2023/SC-A/44 ޤަޟިއްޔާ (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނިފާޒް އަދި އިތުރު 3 ފަރާތެއް)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2020/SC-A/108,109,110 ޤަޟިއްޔާ (ޢަލީ ޒުބައިރު އާއި އިތުރު ފަރާތްތައް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ 2019/HC-A/32 ޤަޟިއްޔާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝާފިޢު)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ 2020/HC-A/92 ޤަޟިއްޔާ (އަޙްމަދު ރިފްޝާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ 2021/HC-A/440 ޤަޟިއްޔާ (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޙުސައިން ސާހިލް ސަޢީދު)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ 2022/HC-B12/101 ޤަޟިއްޔާ (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނަން ސިއްރުކުރެވިފައި)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ 2022/HC-B12/75 ޤަޟިއްޔާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ހުނައިސާ އާދަމް ނަސީރު)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ 2022/HC-B12/94 ޤަޟިއްޔާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ފަޟުލޫން މުޙައްމަދު)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ 2022/HC-B12/96,100 ޤަޟިއްޔާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ޠައިފް ރިޟުވާން އާއި އިތުރު މީހެއް)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ 2023/HC-B12/79 ޤަޟިއްޔާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަލީމަތު ޢަބްދުއްރަޙްމާން)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ 2023/HC-B12/83 ޤަޟިއްޔާ (ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ޔުނާން)
- Bolaños v. Ecuador, Communication No. 238/1987 (UN Human Rights Committee)
- Letellier v. France, Application no. 12369/86 (ECtHR)
- Ringeisen v. Austria, Application no. 2614/65 (ECtHR)
- Tomasi v. France, Application no. 12850/87 (ECtHR)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢީނާ މޫސާ، އާޔަތު ޢަބްދުﷲ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޙަމްޒާ ލަޠިފް
- ބެންޗު
- ދީބާނާޒް ފަހުމީ، މުޙައްމަދު ފައިޞަލް، ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް