ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/033
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢާއިޝަތު ނީޝާ، 2021/HC-A/033
Prosecutor General v. Aishath Neeshaa 2021/HC-A/033 (2021/HC-A/033, High Court of the Maldives, 17 February 2021)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢާއިޝަތު ނީޝާ
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ނިންމީ ތުހުމަތުކުރެވޭ ފަރާތަށް އެކަށީގެންވާ ފަރުވާ ނުދެވޭތީއާއި ކަރެކްޝަނަލް ސަރވިސްއިން ސުވާލުތަކަށް ޖަވާބު ނުދިނުމުން، 2018/HC-A/208 އަށް ރިޢާޔަތްކޮށް ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަށެވެ.
ކެނަބިސް ޓްރެފިކްކުރުމުގެ ދަޢުވާ ކުރެވިފައިވާ ތުހުމަތުކުރެވޭ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވިއެވެ. ބަންދު މުރާޖަޢާކުރުމުގެ އަޑުއެހުމުގައި ތުހުމަތުކުރެވޭ ފަރާތުގެ ޞިއްޙީ ޙާލަތު ފާހަގަކުރެވުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 (ޅ)، 59، 60 އާއި މަތީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވުމާބެހޭ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ޚިލާފު އަމުރެއް ކަމަށެވެ.
މައިގަނޑު ސުވާލު
ކެނަބިސް ޓްރެފިކްކުރުމުގެ ދަޢުވާ ކުރެވިފައިވާ ތުހުމަތުކުރެވޭ ފަރާތެއް، ބަލި ޙާލަތުގެ ސަބަބުން ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމީ 2018/HC-A/208 ގެ އުޞޫލާ އެއްގޮތަށްތޯ.
ނިންމި ގޮތް
ބަންދުން ދޫކޮށްލި ކްރިމިނަލް ކޯޓުގެ އަމުރު ބާޠިލު، ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރު ދެމިއޮތް
ކުށުގެ ބޮޑުމިނާއި މުޖުތަމަޢަށް އޮތް ނުރައްކަލަށް ބަލައިގެން ނިންމާފައި ނުވެއެވެ. ބޭސް ސިޓީތަކުން ޟަރޫރީ ޙާލަތެއް ނުވަތަ ފުރާނައަށް ނުރައްކާ ވާފަދަ ބައްޔެއް ނުފެނޭތީ 2018/HC-A/208 ގެ އުޞޫލާ އެއްގޮތަށް ދޫކޮށްލާފައި ނުވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މަސްތުވާތަކެތި ޓްރެފިކްކުރުމަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ، މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގެ (ށ) ގެ ދަށުން، ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެ، ދޫކޮށްލައިފިނަމަ މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވޭނަމަ، އެ މީހަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- ބަލި ޙާލަތެއްގެ ސަބަބުން ޖަލު ބަންދަށް ލުޔެއް ދެވޭނީ ބަންދުގައި ހުރެގެން ބޭސްފަރުވާ ނުކުރެވުމުގެ ސަބަބުން ފުރާނައަށް ނުވަތަ ޞިއްޙަތަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ފެންނަ ޟަރޫރީ ޙާލަތްތަކުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- ޟަރޫރީ ޙާލަތަކީ އިސްތިސްނާއީ ގޮތެއް ކަމުން، މުޖުތަމަޢަށް ނުރައްކާތެރި ކުށެއްގެ ތުހުމަތު އޮތް މީހަކު ދޫކޮށްލެވޭނީ އެފަދަ ޟަރޫރީ ޙާލަތެއް އޮތްކަން ކަށަވަރުކޮށް އޭގެ މައްޗަށް ބިނާކޮށްގެން އެކަންޏެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ބަންދުގައި ހުރި މީހަކަށް ބޭނުންވާ ފަރުވާ ޖަލުގައި ހުރެގެން ލިބުމުގެ ފުރުޞަތު އޮންނަންވާނެއެވެ؛ ޖަލުން ނުދެވޭ ފަރުވާއެއް ބޭނުންވެއްޖެނަމަ އެ ފަރުވާ ލިބޭނެ އިންތިޒާމު ކަރެކްޝަނަލް ސަރވިސްއިން ހަމަޖައްސައިދޭންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ކ)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/33 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2012/HC-A/194 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2012/HC-A/260 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2016/HC-A/52 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2018/HC-A/134 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2018/HC-A/410 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2018/HC-A/208 ޤަޟިއްޔާ
- ބެންޗު
- ޢަލީ ސަމީރު، ޙުސައިން ޝަހީދު، ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް