ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/131
ޝަކީލް އަޙްމަދު ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، 2021/HC-A/131
Shakeel Ahmed v. Maldives Airports Company Limited 2021/HC-A/131 (2021/HC-A/131, High Court of the Maldives, 29 November 2021)
ޝަކީލް އަޙްމަދު ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކިކުރީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށާއި، މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވެފައިވާ ކަމަށް ކަނޑައަޅައި، މުވައްޒަފު އެދުނު އަމުރުތައް ނުކުރެވޭނެ ކަމަށް ނިންމިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ޑިއުޓީފްރީގެ މެނޭޖަރ ސްޓޯރ އޮޕަރޭޝަންސް، ވެންޑާރސް ސިލެކްޝަން ކޮމެޓީގައި އިންނަވައިގެން އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހިއްސާދާރަކަށް ހުރި ތަޖުރިބާއެއް ނެތް ކުންފުންޏަކަށް ވޯޓުދީ، ގެއްލުން ލިބޭ ބިޔަރު އޯޑަރެއް ކުރުމާ ގުޅިގެން ތަޙުޤީޤަށް ސަސްޕެންޑްކޮށް، ފަހުން ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރިއެވެ.
މުވައްޒަފު ބުނީ ހާދިސާ ހިނގިއިރު ނެތް އެސް.އޯ.ޕީ އަކަށް ރަޖުޢީ ގޮތުން ޢަމަލުކުރި ކަމަށާއި، އެސް.އޯ.ޕީގެ 13.ވަޒީފާއާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާ ނުބައިކޮށް ތަޠުބީޤުކުރި ކަމަށާއި، ނޯޓިސް ނުދީ ވަކިކުރެވޭ ހާލަތެއް ނެތް ކަމަށާއި، 14 ދުވަހަށްވުރެ ދިގު ސަސްޕެންޝަނުގެ ނަތީޖާއަށް ނުބަލާ ކަމަށެވެ. ކުންފުނިން ބުނީ މަޞްލަޙަތު ފުށުއެރުން ތަޙުޤީޤުން ސާބިތުވި ކަމަށާއި 2018 ގެ އެސް.އޯ.ޕީ އަކީ ކުރީގެ ސިޔާސަތު އަލުން ބަޔާންކުރުމެއް ކަމަށެވެ.
މައިގަނޑު ސުވާލު
މަޞްލަޙަތު ފުށުއަރާ ވެންޑަރ ހޮވުމެއްގައި ބައިވެރިވުމާއި ކުންފުންޏަށް ގެއްލުން ލިބޭ ނިންމުންތަކަކާ ގުޅިގެން ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 21 އާއި 23 ގެ ދަށުން އެކަށީގެންވާ ސަބަބާއި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވޭތޯ؛ އަދި ތަޙުޤީޤަށްޓަކައި 14 ދުވަހަށްވުރެ ދިގު މުއްދަތަކަށް ސަސްޕެންޑްކުރުމުން އިޖުރާއީ ޢަދުލުވެރިކަމަށް އުނިކަން އަންނަތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން ޤާއިމް
މުވައްޒަފުގެ ތަޙުޤީޤު ބަޔާނާއި ތަޙުޤީޤުން ސާބިތުވި ކަންކަމުން ވަޒީފާގެ އެއްބަސްވުމުގެ 6.3، 13.1، 13.2 އާ ޚިލާފުވެފައިވާތީ 23 (ހ)، (ށ) ގެ ދަށުން އެކަށީގެންވާ ސަބަބު ވުޖޫދުގައި އޮތެވެ. ތަޙުޤީޤަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު ސިޔާސަތުން ލިބިގެންވާތީ ސަސްޕެންޝަނުން އިޖުރާއީ ޢަދުލުވެރިކަމަށް އުނިކަމެއް ނާދެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވެފައިވޭތޯ ބަލަންޖެހެއެވެ. މައުޟޫޢީ ޢަދުލުވެރިކަމަކީ ވަކިކުރުން ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާވުމެވެ. އިޖުރާއީ ޢަދުލުވެރިކަމަކީ ވަކިކުރުމުގެ ކުރިން ފުރިހަމަކުރާ އިޖުރާއަތު ޢަދުލުވެރިވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- ވަޒީފާއާބެހޭ ޤާނޫނުގެ 21 (ހ) ގެ ދަށުން އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިނުކުރެވޭނެއެވެ. 23 (ހ)، (ށ) ގެ ދަށުން، މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވެ، ވަޒީފާގައި ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ގެއްލުން ލިބިދާނެކަމަށް ފެންނަ ނުވަތަ ޚިޔާނާތެއް ވެފައިވާ ހާލަތުގައި ނޯޓިސް ނުދީ ވަކިކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20.1)
- މަޤާމުގެ ނުފޫޒު ބޭނުންކޮށް އަމިއްލަ މަޞްލަޙަތު ހިމެނޭ ތަނަކުން ކުންފުންޏަށް މުދަލާއި ޚިދުމަތް ހޯދުމާއި، ވަޒީފާއަށް އަސަރުކުރާ މަޞްލަޙަތު ހާމަނުކުރުމަކީ ވަޒީފާގެ އެއްބަސްވުމާ ޚިލާފު ކަމެކެވެ. އެއްބަނޑު އެއްބަފާ މީހަކު ހިއްސާދާރަކަށް ހުރި ކުންފުންޏެއް ވެންޑަރަކަށް ހޮވުމުގައި ވޯޓުދީ، އެކަން ހާމަނުކުރުމަކީ ނޯޓިސް ނުދީ ވަކިކުރުމަށް 23 (ހ)، (ށ) ގެ ދަށުން އެކަށީގެންވާ ސަބަބެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20.5-20.11)
- ޙާދިސާ ހިނގިފަހުން ވުޖޫދުވި ސުލޫކީ މިންގަނޑެއްގައި މަޞްލަޙަތު ފުށުއެރުން ހާމަކުރުން ލާޒިމްކުރާނަމަ، އެ މިންގަނޑު ވުޖޫދުވުމުން އޮތް މަޞްލަޙަތު ފުށުއެރުމެއް ހާމަކުރުމުގެ ޒިންމާ މުވައްޒަފާ މެދު ހިނގާނެއެވެ. އަދި ޙާދިސާ ހިނގިއިރު ޢަމަލުކުރަމުންދިޔަ ސިޔާސަތުގައިވެސް އެ ޢަމަލަކީ ނޯޓިސް ނުދީ ވަކިކުރެވޭ ކަމެއްނަމަ، ރަޖުޢީ ގޮތުން ހިންގުމުގެ ސުވާލު ނުއުފެދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20.8)
- ވަޒީފާދޭ ފަރާތުގެ ސިޔާސަތުގެ ދަށުން ތަޙުޤީޤަށްޓަކައި މުވައްޒަފަކު ސަސްޕެންޑްކުރުމަކީ އިސްލާޙީ ފިޔަވަޅެއް ނޫނެވެ. ތަޙުޤީޤު ނިމި ފިޔަވަޅު އެޅެންދެން ސަސްޕެންޑްކޮށް ބެހެއްޓުމުން އިޖުރާއީ ޢަދުލުވެރިކަން ގެއްލޭކަމަށް ބުނުމަށް ޤާނޫނީ އަސާސެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21.1-21.2)
1މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 169/VTR/2019 މައްސަލަ އިސްތިއުނާފުކުރުމަށް ގދ.ފިޔޯރީ، އުދަރެސް، ޝަކީލް އަޙްމަދު (ދރއ ގެ ފަރާތުން ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު 239/2009-C) (މީގެ ފަހުން "އިސްތިއުނާފުރައްދުވާ ފަރާތް" ނުވަތަ "އެމް.އޭ.ސީ.އެލް" ނުވަތަ "މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް" މިފަދައިން ބަޔާންކުރެވިފައި) އެވެ.
2ޝަކީލް އަޙްމަދަކީ 20 ޑިސެންބަރު 2011 އިން ފެށިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ 'މެނޭޖަރ ސްޓޯރ އޮޕަރޭޝަންސް' ގެ މަޤާމުގައި ވަޒީފާ އަދާކުރަމުން އައި ފަރާތެކެވެ.
3ޝަކީލް އ ޙްމަދު، އެއަރޕޯޓުގެ ޑިއުޓީފްރީގެ މުޢާމަލާތްތައް ހިންގުމުގައި ނުރަނގަޅު ކަންތައްތަކެއް ކޮށްފައިވާކަމަށް ތުހުމަތު ކުރެވިގެން 04 ފެބުރުވަރީ 2019 ދުވަހުން ފެށިގެން ޝަކީލް އަޙްމަދު ވޒީފާއިނަ ސަސްޕެންޑްކށޮ އެ މައްސަލަ ތަޙްޤީޤުކށްފައޮ ވެއެވެ.
4ކުންފުނީގެ ފަރާތުން ހިންގި ބުނެވިދިޔަ ތަޙްޤީޤަށް ސާބިތުވެފައިވަނީ، ޝަކީލް އަޙްމަދުގެ ވަކި ޢަމަލުތަކެއް ބަހައްޓާފައިވަނީ ވަޒީފާގެ އެއްބަސްވުމާއި، ކުންފުނީގެ ޕޮލިސީތަކާއި، ކޯޑް އޮފް ކޮންޑަކްޓާ ޚިލާފަށް އަދި ކުންފުންޏަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭގޮތަށް ކަމަށާއި އަދި އެފަދައިން ޝަކީލް އަޙްމަދުގެ . . މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ނަންބަރު 102NT/2019/-2K (03 ޖަނަވަރީ 2019) ސިޓީ އަދި 153NT/2019/-2K (19 ފެބުރުވަރީ 2019) ސިޓީ. ޢަމަލުތައް ބަހައްޓާ ފައިވަނީ އަމިއްލަ މަސްލަހަތަށް ބަލައިގެން ނާޖާއިޒް ގޮތުގައި މަންފާ ލިބިގަތުމަށް ކަމަށެވެ. އެގޮތުން 24 ޖޫން 2019 ގައި ޝަކީލް އަޙްމަދު ވަޒީފާއިން ވަކިކޮށްފައިވެއެވެ.
5ވަޒީފާއިން ވަކިކުރި ލިޔުމުގައިވާ ތަފްސީލަށް ބ ލއިރި، އެއަރޕޯ ޓުގެ ޑިއުޓީ ފްރީގެ ވެންޑާރސް ސިލެކްޝަން ކޮމެޓީގައި ވޯޓުދޭ މެމްބަރެއްގެ ގޮތުގައި މެނޭޖްމަންޓުގެ ފަރާތުން ޝަކީލް އަޙްމަދު އިނދެ، ވޯޓު ދީ އަދި ވެންޑަރ އެގްރީމަންޓް އެވޯޑުކޮށްފައި ވަނީ، ޝަކީލް އަޙްމަދގު އަމިއްލަ އެއްބަނޑު އެއްބަފާ ކޮއްކޮއަކު ލައިގެން ހަދާފައިވާ "ރެޑް ހިލް ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏަކަށް ކަމާއި އެގޮތުން ޝަކީލް އަޙްމަދު ގިނަދުވަސްތަކެއް ވަންދެން ވަޒީފާއަދާ ކުރަމުން ގެންދިޔަ ޑިއުޓީފްރީއަށް ވެންޑަރަކު ހޯދުމުގައި ވެންޑާރސް ސިލެކްޝަން ކޮމެޓީގައި އިންނަވައިގެން ވޯޓުދިނުމަކީ އިއްތިފާގެއް ނުވަތަ ނޭނގުމުގެ ތެރނޭ ހިނގާފައިވާ ކަމެއް ކަމަށް ބުއްދީގެ ހަމަތަކުން ޤަބޫލެއް ނުކުރެވޭކަމަށާއި، ރެޑް ހިލް ޕްރައިވެޓް ލިމިޓެޑް ވެންޑަރެއްގެ ގޮތުގައި ހޮވާފައިވަނީ ޝަކީލް އަޙްމަދު އަދި ޑިއުޓީފްރީގެ އަނެއް މެނޭޖަރު (ވެންޑާރސް ސިލެކްޝަން ކޮމެޓީގައި ވޯޓުދޭން އިން މެމްބަރުވެސްމެ) ގެ ތިމާގެ މީހަކު ރެޑް ހިލް ޕްރައިވެޓް ލިމިޓެޑްގެ ޙިއްޞާދާރަކަށް އިނުމަކީ އިއްތިފާގަކަށް ވުރެ ރޭވުމެއް ކަމަށް މިފަދަ ހާލަތެއްގައި ބުއްދިޔަށް ބޮޑަށް ބުރަވެވޭކަމަށެވެ. ވެންޑާރސް ސިލެކްޝަން ކޮމެޓީގައި ޝަކީލް އަޙްމަދު އިނދެގެން އަމިއްލަ އެއްބަނޑު އެއްބަފާ ކޮއްކޮއކަ ލައިގެން ހަދާފައިވާ ވިޔަފާރިކުރުމުގެ އެއްވެސް ތަޖުރިބާއެއް އަދި ވިޔަފާރި ހިސްޓްރީއެއްނެތް 'ރެޑް ހިލް ޕްރައިވެޓް ލިމިޓެޑް' ނަމަކަށްކިޔާ ކުންފުންޏެއް ހޮވުމާއި، އެފަރާތާއެކު ވިޔަފާރީގެ މުޢާމަލާތް ކުރުމަށް ނިންމާފައިވާކަމަށެވެ.
6ބުނެވިދިޔަ ނިންމެވުމަކީ ކުންފުނީގެ ވިޔަފާރި އަށް ނޭދެވޭ އަސަރުކުމުގެ އިތުރުން ހަޤީޤީ އަގަށް ލިބެންޖެހޭ މުދަލާއި ޚިދުމަތުގެ އަގަށް ބަދަލު އައިސް ކުންފުނިން ފަސެންޖަރުންނަށް ދޭ ޚިދުމަތާއި ވިއްކާ ތަކެތީގެ އަގު ބޮޑުވެ އަދި ޚިދުމަތުގެ ފެންވަރު ދަށްވެގެންގޮސް ކުންފުންޏަށް ލިބޭ ނަފާދަށވް ކަމެކެވެ. ކުންފުންޏަށް ވެންޑަރުން ހޯދުމުގައި ވެންޑާރސް ސިލެކްޝަން ކޮމެޓީގައި އިންނަވައިގެން ވެންޑަރ އެގަރީމަންޓް 'ރެޑް ހިލް ޕްރައިވެޓް ލިމިޓެޑް' ފަދަ ވިޔަފާރީގެ ތަޖުރިބާއެއް ނެތް އަދި އަމިއްލަ ތިމާގެ މީހުންލައިގެން އެފަދަ ކޮންޓްރެކްޓެއް އެފަރާތަށް އެވޯޑު ކުރުމަކީ ކުންފުންޏަށް މާލީގޮތުން ގެއްލުން ލިބޭގޮތަށް ނިންމި ނިންމުމެއްކަމަށެވެ.
7މީގެ އިތުރުން ޗިއަރސް ބްރޭންޑްގެ ބިޔަރ އޯޑަރ ކުރުމުގެ ކުރިން، އެ ފަދަ ބޮޑު އޯޑަރެއް ކުރުމުން ކުންފުންޏަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން، ލިކަރ ކެޓަގަރީގެ މެނޭޖަރ އަހްމަދު ޝިޔާމޭ ފާޅުކޮށްފައިވަނިކޮށް، ކެޓަގަރީގެ މެނޭޖަރު ޝިޔާމުގެ ކަންބޮޑުވުންތަކާއި މެދު ސްޓަޑީއެއް ނުހަދާ ބިޔަރު ވިކި ހުސްވާނެ ކަމަށް ބުނެފައިވާކަމާއި، އެހެން ބްރޭންޑެއްގެ ބިޔަރު ހޯދުމަށް މަސައްކަތް ނުކޮށް، ގިނަ އަދަދެއްގެ ޗިއަރސް ބިޔަރު އެއްފަހަރާ ގެނައުމުގެ ނަތީޖާ އަކަށް ވީ ނުވިކި ހުރި ބިޔަރު ދަޅުތައް ނ އަގު ގައި ބަހާ ހުސްކުރަން ޖެހުނުކަމާއި، މި ގޮތުން ގެނައި 52800 ބިޔަރު ދަޅު ގެ ތެރެއިން 40366 ދަޅު ވަނީ ޕްރޮމޯޝަންއެއްގައި ބަހާ ހުސްކޮށްލާފައިކަމަށާއި، މި ދަޅުތަށް ގަތް އަގަށް ބަލާނަމަ އެއީ ޖުމްލަ 44663.60 ޔޫ.އެސް ޑޮލަރުގެ ބިޔަރެވެ. އަދި ޑިއުޓީފްރީގައި މި ބިޔަރު ވިއްކާފައިވާ އަގުން ބަލާނަމަ މިއީ 121260.00 ޔޫ.އެސް ޑޮލަރުގެ ގެއްލުމެއްކަމަށެވެ. އެހެންކަމުން ކުންފުންޏަށް މާލީގޮތުން ބޮޑެތި ގެއްލުންގެއްލުންތަކއެ ލިބިފައިވާކަމަށެވެ.
8ޝަކީލް އަޙްމަދު އަދާކުރަމުން ދިޔަ ވަޒީފާގެ ގޮތުން ވަރަށްބޮޑު ޒިންމާއެއް ފައިޑޫޝަރީ މިންގަނޑަކުންނާއި އަދި ވަޒީފާގެ އެއްބަސްވުމުގެ ދަށުން ކޮނޑުގައި އެޅިފައި އޮތްނަމަވެސް، ވަޒީފާގެ ޒިންމާތަކާއި އަދި ވެންޑާރސް ސިލެކްޝަން ކޮމެޓީގައި އިންނަވައިގެން މަސައްކަތް ކުރުމުގައި ޢަމަލުތައް ބަހައްޓާފައި ވަނީ، މަތީގައި ބަޔާން ކުރެވިފައިވާ ސަބަބުތަކަށްޓަކައި ކުންފުނީގެ މަސްލަހަތަށް ބެލުމެއްނެތި ކަމުން، ޝަކީލް އަޙްމަދު ވަނީ ކުންފުންޏަށް ވަރަށް ބޮޑަށް އިޙްމާލުވެފައިކަމަށެވެ. ޝަކީލް އަޙްމަދުގެ މި ޢަމަ ލތަކަކު ކޮރަޕްޝަން މަނާކުރުމުގެ ޤާނޫނާ ޚިލާފް ޢަމަލަކަށް ވުމުގެ އިތުރުން ކުންފުނީގެ ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާ ބެހޭ ސިޔާސަތު އެނެކްސް 2 ގެ 17 ވަނަ ނުކުތާއާއި ޚިލާފް ޢަމަލެއްކަމަށާއި، އަދި ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާ ބެހޭ ސިޔާސަތު ގ 8.1 ގެ ދަށުން ފިޔަވަޅު އެޅުމުގެ ޙައްޤު ލިބިގެންވާ ޢަމަލެއްކަމަށެވެ. އަދި ކުންފުނީގެ 'ބަޔިންގް އެންޑް މަރޗަންޑައިޒިންގް ޕޮލިސް' އާއި "ކޯޑް އޮފް ކޮންޑަކްޓާ' ގެ 10.1 ވަނަ މާއްދާއާ ވަޒީފާގެ އެއްބަސްވުމުގެ 6.3 ވަނަ މާއްދާއާއި 13.1 އަދި 13.2 ވަނަ މާއްދާއާވެސް ޚިލާފު ޢަމަލުތަކެއް ކަމަށެވެ.
9މަތީގައި ދެންނެވިފައިވާ ހަޤީޤަތްތައް އެގޮތަށް ހުރުމާއި އެކު މި މައްސަލައާއި ގުޅިގެން ސުލޫކު ކޮމިޓީން ހިންގި ތަޙްޤީޤަށް ފާހަގަވި ކަންތައްތަކަށާއި ނިންމެވި ނިންމެވުމަށް ބަލާއިރު ޝަކީލް އަޙްމަދު މި ކުންފުނީގެ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު ކުންފުންޏަށް ފެންނަކަމެއް ކަމަށް ނުދެކޭތީ ވަޒީފާއާއި ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ)، (ނ)ގެ (1،) (2) އަދި ކުންފުނީގެ ސުލޫކީ ކަންކަމުގައި އިދާރީ ފިޔަފަޅު އެޅުމާބެހޭ ސިޔާސަތުގެ 8.1 ވަނަ މާއް ދާ ޙަވަލާދީ 24 ޖޫން 2019 ގެ ތާރީޚުގައި މި ކުންފުނީގެ ވަޒީފާއިން ވަކި ކުރިކަން ޝަކީލް އަޙްމަދު އަށް އަންގާފައި ވެއެވެ. އެހެންކަމުން އެ މައްސަލަ ޝަކީލް އަޙްމަދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ. ޝަކީލް އަޙްމަދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ
10ޝަކީލް އަޙްމަދު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކީ، ޝަކީލް އަޙްމަދު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި 'މެނޭޖަރ، ސްޓޯރ އޮފަރޭޝަންސް ' މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، ކުންފުނިން ބަލަމުންދާ މައްސަލައަކާ ގުޅިގެންކަމަށް ބުނެ 04 ފެބުރުވަރީ 2019 އިން ފެށިގެން 14 (ސާދަ) ދުވަހަށް ވަޒީފާއިން ސަސްޕެންޑުކުރުމަށްފަހު، ސަސްޕެންޝަންގެ މުއްދަތު އެ ތައް ފަހަރެއްގެ މަތިން އިތުރުކުރުމަށްފަހު، 24 ޖޫން 2019 ގައި ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ މަޤުބޫލު ސަބަބެއް ނެތި އަދި ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަކާނުލައި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނާ) ޚިލާފަށްކަމަށް ބަޔާންކޮށް، ޝަކީލް އަޙްމަދ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިޢާދަކޮށްދިނުމަށާއި، ޝަކީލް އަޙްމަދަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށް އަމުރުކޮށްދިނުމަށާއި، މައްސަލަ ނިންމުމާ ހަމައަށް ވޭތުވެދިޔަ ދުވަސްތަކަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް އެކީ އެއްފަހަރާ ލިބިދިނުމަށާއި، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އިތުރު 01 (އެކެއް) މަސްދުވަހުގެ މުސާރައާއި ޢިނާޔަޔަ ތްތައް ނަގައިދިނުމަށް އެދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ރައްދުވާގޮތަށް 01 އޮގަސްޓު 2019 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށހެޅަ މައްސަލައެވެ.
11އެ މައްސަލަ ބަލާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 169/VTR/2019 މައްސަލައިންނެވެ. އެ މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވާ ގޮތާ މެދު ހިތްހަމަނުޖެހިގެން ޝަކީލް އަޙްމަދުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބިނާކޮށްފައިވާ މައިގަނޑު ސަބަބުތައް
12ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން ބިނާކޮށްފައިވަނީ އަންނަނިވި މައިގަނޑު ސަބަބުގެ މައްޗަށެވެ.
12.1. ޝަކީލް އަޙްމަދު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރެވިފައިވަނީ ވަޒީފާއާބެހޭ ޤާނޫނު ގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮވެގެންކަމުގައި ބުރަވެވޭތީއާއި، ޝަކީލް އަޙްމަދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން (substantive fairness) އަދި އިޖުރާއީ ޢަދުލުވެރިކަނާ (procedural fairness) ޤާއިމުކުރެވިފައިވާކަމަށް ބުރަ ވެވުން، މިއެވެ.
13ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 169/VTR/2019 މައްސަލަ ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، މައްސަލަ ބެލި މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށް ބެލިއިރު، ޝަކީލް އަޙްމަދު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި 'މެނޭޖަރ، ސްޓޯރ އޮފަރޭޝަންސްމަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، ކުންފުނިން ބަލަމުންދާ މައްސަލައަކާ ގުޅިގެންކަމަށް ބުނެ 04 ފެބުރުވަރީ 2015 އިން ފެށިގެން 14 (ސާދާ) ދުވަހަށް ވަޒީފާއިން ސަސްޕެންޑުކުރުމަށްފަހު، އަދި ސަސްޕެންޝަންގެ މުއްދަތު އެތައް ފަހަރެއްގެ މަތިން އިތުރުކުރުމަށްފަހު، 24 ޖޫން 2019 ގައި ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން ވަކުކުރުމަށް އެކަށިގެންވާ މަޤުބޫލު ސަބަބެއް ނެތި އަދި ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަކާނުލައި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނާ) ޚިލާފަށްކަމަށް ބަޔާންކޮށް، ޝަކީލް އަޙްމަދު އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިޢާދަކޮށްދިނުމަށާއި، ޝަކީލް އަޙްމަދަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށް އަމުރުކޮށްދިނުމަށާއި، މައްސަލަ ނިމުމާއި ހަމައަށް ފާއިތުވާ ދުވަސްތަކަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް އެކީ އެއްފަހަރާ ލިބިދިނުމަށާއި، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އިތުރު 01 (އެކެއ) މަސްދުވަހުގެ މުސާރައާއި ޢިނާޔަތްތައް ނަގައިދިނުމަށް އެދި ޝަކީލް އަޙްމަދުގެ ފަރާތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ރައްދުވާގޮތަށް ހުށަހެޅި މި މައްސަލައިގައި، ޝަކީލް އަޙްމަދު 04 ފެބުރުވަރީ 2019 އިން ފެށިގެން 14 (ސާދާ) ދުވަހަށް ވަޒީފާއިން ސަސްޕެންޑުކުރުމަށްފަހު، ސަސްޕެންޝަންގެ މުއްދަތު އިތުރުކުރަމުން ގޮސްފައވަނި ޝަކީލް އަޙްމަދު އާ މެދު ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން ކުންފުނިން ކުރަމުންދިޔަ ތަޙުޤީޤުގެ ބޭނުމަށްކަމަށާއި، ޝަކީލް އަޙްމަދުއަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ 'ވެންޑަރ މެނޭޖްމަންޓް ކޮމިޓީ' ގައި ހިމެނޭ ފަރާތެއްކަމަށާއި، ކުންފުނީގެ ފަރާތުން ހިންގި ތަޙުޤީޤަށް ހާމަވި ކަންތައްތަކުގެ ތެރޭގައި، ކުންފުނީގެ ޑިއުޓީފްރީ ވެންޑަރ އއ ގޮތުގައި 'ރެޑްހިލް ޕްރައިވެޓް ލިމިޓެޑް' އެވެ ކިޔާ ކުންފުންޏެއް ވެންޑަރ މެނޭޖްމަންޓް ކޮމިޓީއިން ހަމަޖެއްސިއިރު، ޝަކީލް އަޙްމަދު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެ، އެޑްހިލް ޕްރައިވެޓް ލިމިޓެޑް ޑިއުޓީފްރީ ވެންޑަރ އެއް ގޮތުގައި ހަމަޖެއްސުމަށް ވޯޓު ދީފައިވާކަމަށާއި، އެހެންނަމަވެސް ރެޑްރިލް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރެއް ގޮތުގައި ޝަކީލް އަޙްމަދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެއް ހިމެނޭކަމަށާއި، އެ ކުންފުނި ރެޖިސްޓަރ ކުރެވުނު ވެންޑަރ ކޮމިޓީގެ ބައްދަލުވުމުގައި އެކަމުން ތަނާޒުލްނުވެ، މަޞްލަޙަތު ފުށުއަރާކަން ހާމަނުކޮށް މެންބަރަކަށް ޝަކީލް އަޙްމަދު ހުރުމަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ "އެޗް.އާރު ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ' ގެ 10 ވަނަ މާއްދާއާއި، ދެފަރާތުގެ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ 13.1 ވަނަ މާއްދާއާ ޚިލާފުކަމެއްކަމަށާއި، ޝަކީލް އަޙްމަދު އެ ބައްދަލުވުމުން ތަނާޒުލުނުވުމުގެ ނަތީޖާއަކީ މަޤާމުގެ ނުފޫޒު ވަދެ، ރެޑްހިލް ޕްރައިވެޓް ލިމިޓެޑް ވެންޑަރ އެއް ގޮތުގައި ހަމަޖެހިގެންދިއުން ކަމަށާއި، މަޤާމުގެ ނުފޫޒުގެ ބޭނުންކުރުމަކީ ކުންފުނީގެ އެޗް .އާރް ޕޮލިސީގެ އެނެކްސް 2 ގެ 17 ވަނަ މާއްދާގެ ދަށުން އެކަމެއް ސާބިތުވެއްޖެނަމަ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭ ވަރުގެ ކުށެއްކަމަށާއި، މީގެ އިތުރުން ރެޑްރިލް ޕްރައިވެޓް ލިމިޓެޑް ޖެންޑަރ އެއް ގޮތުގައި ހަމަޖެއްސިއިރު އެ ކުންފުނީގެ މަޢުލޫމާތާއި، ފައިނޭންޝަލް ކެޕޭސިޓީ އާއި ޕްރޮޑަކްޝަން ކޯޕަބިލިޓީ ގެ މަޢުލޫމާތު ހޯދައިފައި ނުވާކަމަށާއި، މިއީ ކުންފުނީގެ މާރޗަންޑައިޒިންގް ޕޮލިސީގެ 3.4 ވަނަ މާއްދާއާ ޚިލާފުވާ ކަމެއްކަމަށާއި، ޝަކީލް އަޙްމަދު ވަޒީފާއިން ވަކިކުރެވިފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު ) ގެ 23 ވަނަ މާއްދާގެ ދަށުންކަމުގައި ބަޔާންކޮށް މި މައްސަލަ ރައްދުވި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ޖަވާބުދާރީވެފައިވާއިރު، ޝަކީލް އަޙްމަދު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރެވިފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު ) ގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮވެގެންކަމުގައި ބުރަވެވޭ ތީއާއި، ޝަކީލް އަޙްމަދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން fairness) (substantive އަދި އިޖުރާއީ ޢަދުލުވެރިކަން fairness) (procedural ޤާއިމުކުރެވިފައިވާކަމަށް ބުރަވެވޭތީ، ޝަކީލް އަޙްމަދުގެ ފަރާތުން އެދިފައިވާ ފަދަ އަމުރެއް މި މައްސަލަ ރައްދުވި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މައްޗަށް ކުރާނެ ހަމައެއް ނެތްކަމަށް މި މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، މި މައްސަލަ ނިންމައިފީމެވެ ".
14ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 169/VTR/2019 މައްސަލަ އިސްތިއުނާފުކުރަމުން ޝަކީލް އަޙްމަދގެ ފަރާތުން އަންނަނިވ 05 (ފަހެއް) ނުކުތާ ހުށަހަޅާފައި ވެއެވެ. ފުރަތަމަ ނުކުތާ އަކީ: އިސްތިއުނާފުކުރި ފަރާތް ވަޒީފާއިން ވަކިކުރި ސަބަބުގެ ގޮތުގައި ބަޔާންކުރާ ހާދިސާ ހިނގިއިރު، ވުޖޫދުގައި ނެތް އެސްއޯޕީއަކަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު E/05-SC2017/ (އިލެކްޝަންސް ކޮމިޝަން ވ. ފަރީދާ ޢުމަރު) ޤަޟިއްޔާއިން ކަނޑައަޅާފައިވާ ޤާނޫނީ އުސޫލުތައް މާޟީގެ މައްޗަށް ހިންގުމުގެ އުސޫލުތަކާ ޚިލާފަށް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް މައްސަލަ ނިންމާފއިވަ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ދެވަނަ ނުކުތާ އަކީ: ދެފަރާތުގެ ދެމެދުގައި ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 13.1 ވަނަ މާއްދާ ނުރަނގަޅު ގޮތުގައި ތަޠުބީޤުކޮށް، އެއެއްބަސްވުމާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ތިންވަނަ ނުކުތާ އަކީ: އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުންކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާއިރު ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމުގެ ޙާލަތެއް ނެތްކަން އެނގެން އޮއްވައި، ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ޓްރައިބިއުނަލްއިން ނިންމާފައިވަނީ، އެމާއްދާއާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ހަތަރުވަނަ ނުކުތާ އަކީ: ސާދަ ދުވަހަށްވުރެ ދިގު މުއްދަތަކަށް އިސްތިއުނާފުކުރާ ފަރާތް ސަސްޕެންޑްކުރުމުގެ ޤާނޫނީ ނަތީޖާއާމެދު ގޮތެއް ކަނޑައެޅުމަކާ ނުލައި، ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ، ވަޒީފާގެ އެއްބަސްވުމުގެ 13.1 އާއި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ފަސވަން ނުކުތާ އަކީ: އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއް ނެތިކަމަށްވާއިރު، ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ އެއްގޮތަށްކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
15އިސްތިއުނާފީ ނުކުތާތަކާ ގުޅޭގޮތުން، ޝަކީލް އަޙްމަދުގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ޝަކީލް އަޙްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ ހާދިސާ ހިނގިއިރު ވުޖޫދުގައިނެތް އެސް.އޯ.ޕީ އަކަށް ރިޢާޔަތްކޮށްކަމަށާއި އެއީ ރަޖުޢީ ގޮތުން ޤާނޫނު ނުހިންގުމުގެ މަބްދައާ ޚިލާފު ކަމެއް ކަމަށެވެ. އަދި ދެފަރާތުގެ މެދުގައި ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 13.1 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ކަމެއް ޝަކީލް އަޙްމަދު ކޮށްފައިނުވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ މާއްދާ ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އަދި ޝަކީލް އަޙްމަދު ނޯޓިސް ދިނުމަކާ ނުލާ ވަޒީފާއިން ވަކިކުރުމުގެ ޙާލަތެއް ނުވަތަ ވަޒީފާއިން ވަކިކުރުމުގެ އެކަށީގެންވާ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި 21 ވަނަ މާއްދާއާ އެއްގޮތަށް ޝަކީލް އަޙްމަދު ވަޒީފާއިން ވަކިކޮށްފައިވާކަމަށް ވަޒީފާއާބެހޭ ޓްރއިބިއުނަލުނަ ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އަދި ޝަކީލް އަޙްމަދު ވަޒީފާއިން ސަސްޕެންޑް ކުރުމުގައި އެމް.އޭ.ސީ.އެލް އިން ޢަމަލުކޮށްފައިވާގޮތުން، ޝަކީލް އަޙްމަދު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވެފައިނުވާކަން އެނގޭ ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން ބާޠިލްކޮށްދިނުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ޝަކީލް އަޙްމަދގެ ފަރާތުނު އެދިފައިވާ ފަދައިން މައްސަލަ ނިންމާ ދިނުން ކަމަށެވެ.
16ޖަވާބުގައި އެމް.އޭ.ސީ.އެލް އިން ބުނެފައިވަނީ ދެފަރާތުގެ މެދުގައި އޮތް ވަޒީފާގެ އެއްބަސްވުމުގެ 13.1 ވަނަ މާއްދާގައި މަސްލަޙަތު ފުށޫއަރާކަމެއް ކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާއިރު އަޙްމަދު ޝަކީލް އެ މާއްދާއާ ޚިލާފުވެފައިވާކަން ތަޙްޤީޤަށް ސާބިތުވެފައިވާކަމަށެވެ. އަދި 2018 ގެ އެސް.އޯ.ޕީ އަކީ ޝަކީލް އަޙްމަދު ވަޒީފާއިން ވަކިކުރިއިރު ޢަމަލުކުރަމުން ދިޔަ އެސް.އޯ.ޕީ ކަމަށާއި ނަމަވެސް އެ އެސް.އޯ.ޕީ ގައި ހުރީ 2017 ގައި ޢަމަލުކުރަމުން އައި ކޯޑް އޮފް އެތިކްސް ޕޮލިސީގައި ބަޔާންކޮށްފައިވާ ކަންކަން އަލުން ބަޔާންކޮށް (restate) ކޮށްފައި ކަމަށެވެ. އަދި ބަހުސްގެ ބޭނުމަށްޓަކައި އެފަދަ ޒިންމާއެއް ހިމެނޭ އެސް.އޯ.ޕީ އެއް 2017 ގައި ނެތް ކަމަށް ބެލިނަމަވެސް، ޑިއުޓީފްރީގެ އިސް މަޤާމެއްގައި ހުރެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ރެޑް ހިލް ޑިއުޓީފްރީގެ ވެންޑަރ އެއްގެ ގޮތުގައި ވިޔަފާރި ކުރަމުނި ދިއުމަކީ 2018 ގެ އެސް.އޯ.ޕީ ވުޖޫދުވުމުން، އެކަން ކުންފުންޏަށް އަންގަނޖެހޭން ކަމެއް ކަމަށެވެ. އެހެންކަމުން ޝަކީލް އަޙްމަދު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް ވުޖޫދުގައި އޮތް ކަމަށެވެ. މީގެ އިތުރުން ޝަކީލް އަޙްމަދު ސަސްޕެންޑް ކޮށްފައިހުރީ މައްސަލަ ތަޙްޤީޤު ކުރުމަށް ކަމަށާއި އިސްލާހީ ފިޔަވަޅެއްގެ ގޮތުން ނޫންކަމަށެވެ. އެހެންކަމުން ޝަކީލް އަޙްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރުމަށް ފަހުގައި ކަމަ ށާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ރަނގަޅަށް ކަމަށް ދެކޭ ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމުމަށް ތާއީދުކޮށްދިނުން ކަމަށެވެ.
17ޕްރިސިޑެންސް 1އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158 ) ގެ 4 ވަނަ މާއްދާ އަދި 7 ވަނަ މާއްދާ ގައި އަންނަނިވި ފަދައިން ބަޔަންކޮށްފައިވެއެވެ. 4- “The employment of a worker shall not be terminated unless there is a valid reason for such termination connected with the capacity or conduct of the worker or based on the operational requirements of the undertaking, establishment or service.” 7- “The employment of a worker shall not be terminated for reasons related to the worker's conduct or performance before he is provided an opportunity to defend himself against the allegations made, unless the employer cannot reasonably be expected to provide this opportunity.” މި މާއްދާތަކުގައި ބަޔާންވެގެންވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާއިން ވަކިކުރުމުގެ އެކަށީގެންވާ ސަބަބެއް އޮތްކަން ކަށަވަރު ކުރަންޖެހޭނެކަމށާއި (މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވެފައިވޭތޯ ބަލަންޖެހޭކަމަށާއި) ވަޒީފާއިން ވަކިކުރުމުގެ ކުރިން އިޖުރާއީ ޢަދުލުވެރިކަން ޤާއމްކުރަންޖެހޭނެ ކަމަށެވެ. ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނީ އުޞޫލުތަކާއި ހަމަތައް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވެފައިވޭތޯ ބަލަންޖެހެއެވެ. އެގޮތުނީމަޢުޟޫޢީ ޢަދުލުވެރިކަމަކަ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކުރެވިގެންވުން ކަމާއި، އިޖުރާއީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖުރާއަތަކީ ޢަދުލުވެރި އިޖުރާއަތަކަށވްން ކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަންލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު މައްސަލާގައި ބަޔާންކޮށްފައިވެއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާ، ދެވަނަ ނުކުތާ، ތިންވަނަ ނުކުތާ އަދި ފަސްވަނަ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް
18އިސްތިއުނާފީ ފުރަތަމަ ނުކުތާ، ދެވަނަ ނުކުތާ، ތިންވަނަ ނުކުތާ އަދި ފަސްވަނަ ނުކުތާއަކީ ޝަކީލް އަޙްމަދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކޮށްފައިނވާ ކަމަށާއި، ނަމަވެސު މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވެފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވާ ކަނޑައެޅުމަކީ ޤާނޫނީ . Termination of Employment Convention, 1982 (No. 158) Article 4 and Article 7 . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/44 ޤަޟިއްޔާ (ސަންލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު) އުސޫލުތަކާއި ވަޒީފާގެ އެއްބަސްވުމާ ޚިލާފަށް އެ ޓްރައިބިއުނަލުން ކަނޑައަޅާފައިވާ ކަމެއް ކަމަށް ބަޔާންކޮށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކެވެ.
19އެގޮތުން މި ނުކުތާތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ޝަކީލް އަޙްމަދު ވަޒީފާއިން ވަކިކުރި ސަބަބުގެ ގޮތުގައި ބަޔާންކުރާ ހާދިސާ ހިނގިއިރު، ވުޖޫދުގައި ނެތް އެސްއޯޕީއަކަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު E/05-SC2017/ (އިލެކްޝަންސް ކޮމިޝަން ވ. ފަރީދާ ޢުމަރު) ޤަޟިއްޔާއިން ކަނޑައަޅާފައިވާ ޤާނޫނީ އުސޫލުތައް މާޟީގެ މައްޗަށް ހިންގުމުގެ އުސޫލުތަކާ ޚިލާފަށް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށާއި ދެފަރާތުގެ ދެމެދުގައި ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 13.1 ވަނަ މާއްދާ ނުރަނގަޅު ގޮތުގައި ތަޠުބީޤުކޮށް، އެއެއްބަސްވުމާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށާއި، ޝަކީލް އަޙްމަދަށް ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކޮށްފައިވަނީ ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމުގެ ޙާލަތެއް ނެތިކަން އެނގެން އޮއްވައި ޤާނޫނޫ ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ އާއި ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށާއި، ޝަކީލް އަޙްމަދު އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކޮށްފައި ވާކަމާއި އެގޮތުން އެ ޤާނޫނުގެ 21 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށެވެ.
20ޕްރިސިޑެންސް 2ޕްރިސިޑެންސް 3ޕްރިސިޑެންސް 4މި އިސްތިއުނާފީ ނުކުތާތަކަށް ޝަރީޢަތުން ރ ޢޔަތާކޮށް، ޝަކީލް އަޙްމަދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވެފައިވޭތޯ އާއި ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެކަންކަމަށް ރިޢާޔަތްކޮށްފައިވަނީ ޤާނޫނީ އިމުގެ ތެރެއިންތޯ ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
20.1. ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) އަދި 23 ވަނަ މާއްދާގެ (ހ)، (ށ) ގައި ބަޔާންވެގެންވަނީ އަންނަނިވި ފަދައިންނެވެ. . ޤާނޫނު ނަންބަރު 2008/2 21 (ހ) "މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަޚްލާޤާއި ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެއެވެ. " 23 (ހ) "ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާ އަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތު ތަކުގައެވެ."
(ށ) "މި މާއްދާގެ (ހ) ގައި ބުނެފައިވާގޮތުގެމަތިން ވަޒީފާ އަދާކުރާ ފަރާތެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާކަމަށް ބެލޭނީ އަންނަނިވި ޙާލަތުތަކުގައެވެ." (1) "ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުން؛ (2) ޚިޔާނާތެއް ވެފައިވުން." މި މާއްދާތަކަށް ބެލުމުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިނުކުރެވޭނެކަމާއި މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އެ މުވައްޒަފު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތު ތަކުގައި ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވިދާނެކަން އެނގެއެވެ. އަދި މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާކަމަށް ބެލެވޭނާ މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލާތުގައި ނުވަތަ މުވައްޒަފަކު ޚިޔާނާތެއް ވެފައިވާ ޙާލަތުގައިކަން އެނގެއެވެ.
20.2. ޝަކީލް އަޙްމަދަކީ 20 ޑިސންބަރެ 2011 އިން ފެށިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ 'މެނޭޖަރ ސްޓޯރ އޮޕަރޭޝަންސް' ގެ މަޤާމުގައި ވަޒީފާ އަދާކުރަމުން އައި ފަރާތެކެވެ.
20.3. ޝަކީލް އަޙްމަދު، ޑިއުޓީފްރީގެ މުޢާމަލާތްތައް ހިންގުމުގައި ނުރަނގަޅު ކަންތައްތަކެއް ކޮށްފައިވާކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި އެކަން ތަޙްޤިޤުކުރުމަށްޓަކައި، 04 ފެބުރުވަރީ 2019 ދުވަހުން ފެށިގެން ވަޒީފާއިން ސަސްޕެންޑްކުރުމަށްފަހު އެކަން އެގޮތުގައި އޮތްކަން މަދަނީ މިންގަނޑުން ތަޙްޤީޤަށް ސާބިތުވެގެންކަމަށް ބަޔާންކޮށް 24 ޖޫން 2019 ގައި ޝަކީލް އަޙްމަދު ވަޒީފާއިން ވަކިކޮށްފައިވެއެވެ. ވަޒީފާއިން ވަކިކުރިކަން އެންގި ސިޓީގައިވާ އަންނަނިވި ޢިބާރާތްތައް ނަކަލު ކޮށްލަމެވެ. "...އެގޮތުން، ސުލޫކު ކޮމިޓީ އިން ނިންމަވާފައިވަނީ، ތިރީގައި ތަފްޞީލް ކުރެވިފައިވާ ގޮތަށް ޝަކީލް އަޙްމަދުގެ ޢަމަލުތައް ހުރުމުގެ ސަބަބުން، ކަމާބެހޭ، ޤާނޫނުތަކާއި، ކުންފުނީގެ ޕޮލިސީތަކާއި އަދި ވަޒީފާގެ އެއްބަސްވުމާއި ޝަކީލް އަޙްމަދު ޚިލާފް ވެފައިވާ ކަމަށެވެ. އެގޮތުން، އަންނަނިވި ކަންތައްތައް ފާހަގަ ކުރައްވާފައި ވެއެވެ . 1- ޑިއުޓީ ފްރީއަށް ވެންޑަރުން ހޯދުމުގައި ޢަމަލު ކޮށްފައިވަނީ ކުންފުނީގެ ކަމާބެހޭ ޕޮލިސީތަކާއި ޙިލާފަށްކަމަށްބުނެ ކުރެވުނު ތުހުމަތާއި ގުޅިގެން، ވެންޑާރސް ސިލެކްޝަން ކޮމެޓީގައި އިންނަވައިގެން އަމިއްލަ އެއްބަނޑު އެއްބަފާ ކޮއްކޮއަކު ލައިގެން ހަދާފައިވާ ވިޔަފާރިކުރުމުގެ އެއްވެސް ތަޖުރިބާއެއް އަދި ވިޔަފާރި ހިސްޓްރީއެއްނެއް 'ރެޑް ހިލް ޕްރައިވެޓް ލިމިޓެޑް' ނަމަކަށްކިޔާ ކުންފުންޏެއް ހޮވުމާއި އެފަރާތާއެކު ވިޔަފާރީގެ މުޢާމަލާތް ކުރުމަށް ނިންމެވުމަކީ ކުންފުނީގެ ބަޔންގި އެންޑް މަރޗަންޑައިޒިންގް ޕޮލިސީއާއި ޚިލާފް ޢަމަލެއްކަން ވަރަށް ރަނގަޅަށް އެނގިހުރެމެ އެއަށް ތަބާވެފައި ނުވުމަކީ ވަޒީފާގެ އެއްބަސްވުމުގެ 6.3 ވަނަ މާއްދާއާއި ޚިލާފް ޢަމަލެކެވެ . . . މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ނަންބަރު 102NT/2019/-2K (03 ޖަނަވަރީ 2019) ސިޓީ އަދި 153NT/2019/-2K (19 ފެބުރުވަރީ 2019) ސިޓީ. 2- ޑިއުޓީފްރީ ހިންގުމާއި ޙަވާލުވެ ހުރި އިސްފަރާތެއްގެ ހައިސިއްޔަތުން ތަބާވާން ޖެހޭ ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓް' އާއި ޚިލާފަށް މަސްލަޙަތު ފުށުއަރާކަން އެނގިހުރެވެސް ތަނާޒުލުވުމުގެ ބަދަލުގައި އެފަދަ ނިންމުމެއްގައި ބައިވެރިވިކަމުގެ ތުހުމަތާއި ގުޅިގެން، ވެންޑާރސް ސިލެކްޝަން ކޮމެޓީގައި ވޯޓުދޭ މެމްބަރެއްގެ ގޮތުގައި މެނޭޖްމަންޓުގެ ފަރާތުން އިންނަވައިގެން ވޯޓު ދީ އަދި ވެންޑަރ އެގްރީމަންޓް އެވޯޑުކޮށްފައި ވަނީ، އަމިއްލަ އެއްބަނޑު އެއްބަފާ ކޮއްކޮއަކު ލައިގެން ހަދާފައިވާ ރެޑް ހިލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ކަމާއި އެގޮތުން ޝަކީލް އަޙްމަދު ގިނަދުވަސްތަކެއް ވަންދެން ވަޒީފާއަދާ ކުރަމުން ގެންދިޔަ ޑިއުޓީފްރީއަށް ވެންޑަރަކު ހދުމުގައޯ ވެންޑާރސް ސިލެކްޝަން ކޮމެޓީގައި އިންނަވައިގެން ވޯޓުދިނުމަކީ އިއްތިފާގެއް ނުވަތަ ނޭނގުމުގެ ތެރޭން ހިނގާފައިވާ ކަމެއް ކަމަށް ބުއްދީގެ ހަމަތަކުން ޤަބޫލެއް ނުކުރެވެއެވެ. ރެޑް ހިލް ޕްރައިވެޓް ލިމިޓެޑް ވެންޑަރެއްގެ ގޮތުގައި ހޮވާފައިވަނީ ޝަކީލް އަޙްމަދު އަދި ޑިއުޓީފްރީގެ އަނެއް މެނޭޖަރު (ވެންޑާރސް ސިލެކްޝަން ކޮމެޓީގައި ވޯޓުދޭން އިން މެމްބަރުވެސްމެ) ގެ ތިމާގެ މީހަކު ރެޑް ހިލް ޕްރައިވެޓް ލިމިޓެޑްގެ ޙިއްޞާދާރަކަށް އިނުމަކީ އިއްތިފާގަކަށް ވުރެ ރޭވުމެއް ކަމަށް މިފަދަ ހާލަތެއްގައި ބުއްދިޔަށް ބޮޑަށް ބުރަވެވެއެވެ. އެހެންކަމުން ޝަކީލް އަޙްމަދުގެ މިއަމަލަކީ ކުންފުނީގެ "ކޯޑް އޮފް ކޮންޑަކްޓާ' ގެ 1.10 ވަނަ މާއްދާއާ އަދި ވަޒީފާގެ އެއްބަސްވުމުގެ 1.13 އަދި 2.13 ވަނަ މާއްދާއާވެސް ޚިލާފު ޢަމަލެކެވެ. 3- ވަޒީފާގެ ގޮތުން އަދާކުރަމުން އައި މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ވަކި ބަޔަކަށް ނާޖާއިޒު މަންފާތަކެއް ހޯދައި ދިންކަމުގެ ތުހުމަތާއި ގުޅިގެން، ވެންޑާރސް ސިލެކްޝަން ކޮމެޓީގައި އިންނަވައިގެން ވެންޑަރ އެގްރީމަންޓް އެވޯޑުކޮށްފައިވަނީ އަމިއްލަ އެއްބަނޑު އެއްބަފާ ކޮއްކޮއަކު ލައިގެން ހަދާފައިވާ ރެޑް ހިލް ޕްރައިވެޓް ލިމިޓެޑް އަށްކަމުން، ޝަކީލް އަޙްމަދުގެ ގާތްތިމާގި މީހަކަށް ނަހަމަގޮތުގައި 'އަންލޯފުލް އެންރިޗްމަންޓެއް' ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގެ ވިޔަފާރިން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، ހޯދައިދިނުމަކީ ކޮރަޕްޝަން މަނާކުރުމުގެ ޤާނޫނާއި ޚިލާފް ޢަމަލަކަށް ވުމުގެ އިތުރނު ކުންފުނީގެ ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާ ބެހޭ ސިޔާސަތު އެނެކްސް 2 ގެ 17 ވަނަ ނުކުތާއާއި ޚިލާފް ޢަމަލެކެވެ. އެހެންކަމުން، ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާ ބެހޭ ސިޔާސަތު ގެ 8.1 ގެ ދަށުން ފިޔަވަޅު އެޅުމުގެ ޙައްޤު ކުންފުންޏަށް ލިބިގެންވެއެވެ . 4- ކުންފުންޏަށް މާލީގޮތުން ބޮޑެތި ގެއްލުންގެއްލުންތަކެއް ލިބޭ ގޮތަށް ކަންކަން ނިންމެވުން. ވެންޑާރސް ސިލެކްޝަން ކޮމެޓީގައި އިންނަވައިގެން އަމިއްލަ އެއްބަނޑު އެއްބަފާ ކޮއްކޮއަކު ލައިގެން ހަދާފައިވާ ވިޔަފާރިކުރުމުގެ އެއްވެސް ތަޖުރިބާއެއް އަދި ވިޔަފާރި ހިސްޓްރީއެއް ނެތް "ރެޑް ހިލް ޕްރައިވެޓް ލިމިޓެޑް" ނަމަކަށްކިޔާ ކުންފުންޏެއް ހޮވުމާއި އެފަރާތާއެކު ވިޔަފާރީގެ މުޢާމަލާތްކުރުމަށް ނިންމެވުމަކީ ކުންފުނީގެ ވިޔަފާރި އަށް ނޭދެވޭ އަސަރުކުމުގެ އިތުރުން ހަޤީޤީ އަގަށް ލިބެންޖެހޭ މުދަލާއި ޚިދުމަތުގެ އަގަށް ބަދަލު އައިސް ކުންފުނިން ފަސެންޖަރުންނަށް ދޭ ޚިދުމަތާއި ވިއްކާ ތަކެތީގެ އަގު ބޮޑުވެ އަދި ޚިދުމަތުގެ ފެންވަރު ދަށްވެގެންގޮސް ކުންފުންޏަށް ލިބޭ ނފަދަށްވާ ކަމެކެވެ. ކުންފުންޏަށް ވެންޑަރުން ހޯދުމުގައި ވެންޑާރސް ސިލެކްޝަން ކޮމެޓީގައި އިންނަވައިގެން ވެންޑަރ އެގަރީމަންޓް 'ރެޑް ހިލް ޕްރައިވެޓް ލިމިޓެޑް' ފަދަ ވިޔަފާރީގެ ތަޖުރިބާއެއް ނެތް އަދި އަމިއްލަ ތިމާގެ މީހުންލައިގެން އެފަދަ ކޮންޓްރެކްޓެއް އެފަރާތަށް އެވޯޑު ކުރުމަކީ ކުންފުންޏަށް މާލީގޮތުން ގެއްލުން ލިބޭގޮތަށް ނިންމި ނިންމުމެކެވެ. މީގެ އިތުރުން ޗިއަރސް ބްރޭންޑްގެ ބިޔަރ އޯޑަރ ކުރުމުގެ ކުރިން، އެ ފަދަ ބޮޑު އޯޑަރެއް ކުރުމުން ކުންފުންޏަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން، ލިކަރ ކެޓަގަރީގެ މެނޭޖަރ އަހްމަދު ޝިޔާމް ފާޅުކޮށްފައިވަނިކޮށް، މި ކަންބޮޑުވުންތަކަށް ރިއާޔަތް ނުކޮށް، އެއްފަހަރާ ބޮޑު އަދަދަކަށް އޯޑަރ ކުރުމަށް ޑިއުޓީފްރީ ހިންގަން ހަވާލުވެ ހުރި ރަހުމަތުﷲ އަޝްރަފު ޗުއްޓީގައި ހުރެ ޝަކީލް އަޙްމަދަށް އިރުޝާދު ދިންއިރު، ރަހުމަތﷲ އަޝްރަފު ޗުއްޓީއަށް ދިޔައީ ޑިއުޓީފްރީ ގެ ހިންގުމުގެ ކަންތައް ޝަކީލް އަހްމަދާއި ހަވާލުކުރުމަށް ފަހު ކަމަށް ވާ އިރު، ކެޓަގަރީގެ މެނޭޖަރު ޝިޔާމުގެ ކަންބޮޑުވުންތަކާއި މެދު ސްޓަޑީއެއް ނުހަދާ ބިޔަރު ވިކި ހުސްވާނެ ކަމަށް ބުނެފައިވާ ކަން އެނގެއެވެ. އަދި އެހެން ބްރޭންޑެއްގެ ބިޔަރު ހޯދުމަށް މަސައްކަތް ނުކޮށް، ގިނަ އަދަދެއްގެ ޗިއަރސް ބިޔަރު އެއްފަހަރާ ގެނައުމުގެ ނަތީޖާ އަކަށް ވީ ނުވިކި ހުރި ބިޔަރު ދަޅުތައް ނ އަގުގައި ބަހާ ހުސްކުރަން ޖެހުނުކަން ފާހަގަ ކުރެވެއެވެ. މި ގޮތުން ގެނައި 52800 ބިޔަރު ދަޅު ގެ ތެރެއިން 40366 ދަޅު ވަނީ ޕްރޮމޯޝަންއެއްގައި ބަހާ ހުސްކޮށްލާފައެވެ. މި ދަޅުތަށް ގަތް އަގަށް ބަލާނަމަ އެއީ ޖުމްލަ 44663.60 ޔޫ.އެސް ޑޮލަރުގެ ބިޔަރެ ވެ. އަދި ޑިއުޓީފްރީގައި މި ބިޔަރު ވިއްކާފައިވާ އަގުން ބަލާނަމަ މިއީ 00.121260 ޔޫ.އެސް ޑޮލަރުގެ ގެއްލުމެއްކަމުގައި ފާހަގަ ވެއެވެ. 5- ޑިއުޓީފްރީ ހިންގުމުގައި ޝަކީލް އަޙްމަދު އިހްމާލުވެފައިވުން. ޝަކީލް އަޙްމަދު އަދާކުރަމުން ދިޔަ ވަޒީފާގެ ގޮތުން ވަރަށްބޮޑު ޒިންމާއެއް ފައިޑޫޝަރީ މިންގަނޑަކުންނާއި އަދި ވަޒީފާގެ އެއްބަސްވުމުގެ ދަށުން ކޮނޑުގައި އެޅިފައި އޮތްނަމަވެސް، ވަޒީފާގެ ޒިންމާތަކާއި އަދި ވެންޑާރސް ސިލެކްޝަން ކޮމެޓީގައި އިންނަވައިގެން މަސައްކަތް ކުރުމުގައި ޢަމަލުތައް ބަހައްޓާފައި ވަނީ، މަތީގައި ބަޔާން ކުރެވިފައިވާ ސަބަބުތަކަށްޓަކައި ކުންފުނީގެ މަސްލަހަތަށް ބެލުމެއްނެތި ކަމުން، ޝަކީލް އަޙްމަދު ވަނީ ކުންފުންޏަށް ވަރަށް ބޮޑަށް އިޙްމާލުވެފައެވެ. މަތީގައި ދެންނެވިފައިވާ ހަޤީޤަތްތައް އެގޮތަށް ހުރުމާއި އެކު މި މައްސަލައާއި ގުޅިގެން ސުލޫކު ކޮމިޓީން ހިންގި ތަޙްޤީޤަށް ފާހަގަވި ކަންތައްތަކަށާއި ނިންމެވި ނިންމެވުމަށް ބަލާއިރު ޝަކީލް އަޙްމަދު މި ކުންފުނީގެ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު ކުންފުންޏަށް ފެންނަކަމެއް ކަމަށް ނުދެކޭތީ ވަޒީފާއާއި ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ)، (ށ)ގެ (1،) (2) އަދި ކުންފުނީގެ ސުލޫކީ ކަންކަމުގައި އިދާރީ ފިޔަ ވޅަ އެޅުމާބެހޭ ސިޔާސަތުގެ 1.8 ވަނަ މާއްދާ ޙަވަލާދީ 24 ޖޫން 9201 ގެ ތާރީޚުގައި މި ކުންފުނީގެ ވަޒީފާއިން ވަކި ކުރިކަން ޝަކީލް އަޙްމަދު އަށް އަންގަމެވެ.".. މި ލިޔުމަށް ބެލިއިރު، ޝަކީލް އަޙްމަދުގެ މައްޗަށް އެމް.އޭ.ސީ.އެލް އަށް ކުރެވުނު ތަފާތު 5 ތުހުމަތަކާ ގުޅިގެން ކުރި ތަޙްޤީޤުން އެ ތުހުމަތުތަށް ސާބިތުވާކަމަށް ބަޔާންކޮށްފައިވާކަން އެނގެއެވެ. އެގޮތުން ވެންޑާރސް ސިލެކްޝަން ކޮމެޓީގައި ވޯޓުދޭ މެމްބަރެއްގެ ގޮތުގައި މެނޭޖްމަންޓުގެ ފަރާތުން ހުރެ ވޯޓު ދީ އަދި ވެންޑަރ އެގްރީމަންޓް އެވޯޑުކޮށްފައި ވަނީ، އަމިއްލަ އެއްބަނޑު އެއްބަފާ ކޮއްކޮއަކު ހިމަނައިގެން ހަދާފައިވާ "ރެޑް ހިލް ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ، ވިޔަފާރިކުރުމުގެ އެއްވެސް ތަޖުރިބާއެއް އަދި ވިޔަފާރި ހިސްޓްރީއެއް ނެތް ކުންފުންޏކަށަ ކަމށަ ސާބިތުވެފައިވާކަމަށާއި އެކަމުގެ ސަބަބުން ކުންފުންޏަށް ގެއްލުންތަކެއް ވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ޝަކީލް އަޙްމަދު، ވަޒީފާގެ އެއްބަސްވުމުގެ 6.3 ވަނަ މާއްދާއާއި
13.1 ވަނަ މާއްދާ އަދި 13.2 ވަނަ މާއްދާއާ ޚިލާފުވެފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ކޯޑް އޮފް ކޮންޑަކްޓްގެ 10.1 ވަނަ މާއްދާއާއި ކުންފުނީގެ ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތު އެނެކްސް 2 ގެ 17 ވަނަ ނުކުތާއާ ޚިލާފުވެފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.
20.4. މި ތަޙްޤީޤާ ގުޅިގެން ޝަކީލް އަޙްމަދު އެމް.އޭ.ސީ.އެލގް ޑިސިޕްލިނަރީ ކޮމިޓީއަށް 28 މޭ 2019 ގައި ދީފައިވާ ތަޙްޤީޤު ބަޔާނަށް ބެލިއިރު، 3 ވަނަ ޞްފާޙާގައި "އަޅުގަނޑު ދީފަ ވާނީ އެއްވޯޓު.." އަދި 4 ވަނަ ޞްފާޙާގައި "...އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނޭގޭ އޭރު އަޅުގަނޑާ އެއްބަނޑު މީހެއް އޭގަ އިންނަ ކަމެއް..." އަދި 8 ވަނަ ޞްފާޙާގައި "...އަޅުގަނޑު ޤަބޫލެއް ނުކުރަން އަޅުގަނޑު އެއްބަނޑު ކުއްޖެއް އިނުން އެއީ މައްސަލައަކަށް ވާނޭ ކަމެއް ކަމަށް. އަޅުގަނޑު ދަރިއެއް އަންހެނުން ނުވަތަ އަޅުގަ ނޑެއް ނީންނާނެ އެޔަކުއެއް. އިންނަމަ އެއީ މައްސަލައަކަށް ވާނެ..." މިފަދައިން ބުނެފައިވުމުން، ވެންޑަރ އެއްގެ ގޮތުގައި "ރެޑް ހިލް ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކަށް ޝަކީލް އަޙްމަދު ވޯޓު ދިންކަމާއި ނަމަވެސް ވޯޓު ދިންއިރު އެއްބަނޑު މީހެއް އެކުންފުނީގައި ޙިއްސާވާކަމެއް ނޭނގޭކަމަށް ބުނެފައިވީނަމަވެސް، އެއްބަނޑު މީހަކު ހުރުމަކީ މައްސަލައެއް ކަމަށް ޝަކީލް އަޙްމަދު ޤަބޫލުނުކުރާކަން އެނގެއެވެ.
20.5. ދެފަރާތުގެ މެދުގައިވެފައިވާ ވަޒީފާއާބެހޭ އެއްބަސްވުމުގެ 6.3، 13.1 އަދި 13.2 ވަނަ މާއްދާގައި ވަނީ އަންނަނިވި ޢިބާރތްތަކާ ވެ.
6.3 ވަޒީފާ އަދާކުރާނީ، ވަޒީފާދޭ ފަރާތަށް މަންފާލިބޭގޮތަށް، ވަޒީފާދޭ ފަރާތުން އާންމުކޮށް ކަނޑައަޅައި، ހިންގާ ސިޔާސަތުތަކާ، އުސޫލުތަކާއި މިންގަޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށާއި، އެފަދަ ސިޔާސަތުތަކަށާއި އުޞޫލުތަކަށާއި މިންގަނޑުތަކަށް ގެނެވޭ ބަދަލުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ވަޒީފާއަދާކުރާ ފަރާތުން އެއްބަސްވެއެވެ. . ޑޮކިއުމަންޓް 6 ގެ ގޮތުގައި އެމް .އޭ.ސީ.އެލް އިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ލިޔުން
13.1 "...އަދި ވަޒީފާއަދާކުރާ ފަރާތުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަޒީފާއަދާކުރާފަރާތުގެ އަމިއްލަ މަސްލަޙަތެއް ހިމެނޭ ތަނަކުން، ކުންފުންޏަށް ގަތުން، ޚިދުމަތެއް ހޯދުން ފަދަ، މަސްލަޙަތު ފުށުއަރާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އިސްވެބަޔާންކޮށްފައިވާ ކަމަކާ ގުޅިގެން ވަޒީފާދޭ ފަރާތަށް ކަމުގެ ފުރިހަމަ މަޢުލޫމާތު ދިނުމަށްފަހު، އެކަމަކަށް ލިޔުމުން ވަޒީފާދޭ ފަރާތުގެ ހުއްދަ ލިބިއްޖެ ޙާލަތެއްގައި މެނުވީ، ވަޒީފާއަދާކުރާ ފަރާތުން އެފަދަ ކަމެއް ކޮށްފިނަމަ، ނުވަތަ ވަޒީފާއަދާކުރާ ފަރާތުން ކުންފުނީގެ ސުލޫކީ މިންގަޑާއި ޚިލާފުވެއްޖެނަމަ، ވަޒީފާއަދާކުރާ ފަރާތާ މެދު އިސްލާޙީ ފިޔަވަޅު އެޅޭނެއެވެ. "
13.2 "ވަޒީފާގެ ގޮތުން ވަޒީފާއަދާކުރާ ފަރާތުން ކުރަން ޖެހޭ އެއްވެސް ކަމެއް ކުރުމުގައި އަސަރުކުރާނެ ނުވަތަ އަސަރުކުރާނެ ކަމަށް ބެލެވިދާނެ ވިޔަފާރީގެ ނުވަތަ ޒާތީ ނުވަތަ މާލީ އެއްވެސް މަޞްލަޙަތެއް އޮތްނަމަ އެކަމެއްގެ ފުރިހަމަ މަޢުލޫމާތު ވަޒީފާއަދާކުރާ ފަރާތުން ވަޒީފާދޭ ފަރާތަށް ދޭންވާނެއެވެ." މި ޢިބާރާތްތަކަށް ބެލުމުން، ވަޒީފާއަދާކު ރާފަރާތުން ވަޒީފާއަދާކުރަމުން ދާންވާނީ ވަޒީފާދޭ ފަރާތަށް މަންފާލިބޭގޮތަށް، ވަޒީފާދޭ ފަރާތުން އާންމުކޮށް ކަނޑައަޅައި، ހިންގާ ސިޔާސަތުތަކާ، އުސޫލުތަކާއި މިންގަޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމާއި، އެފަދަ ސިޔާސަތުތަކަށާއި އުޞޫލުތަކަށާއި މިންގަނޑުތަކަށް ގެނެވޭ ބަދަލުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އެއްބަސްވެފައިވާކަމާއި، ވަޒީފާއަދާކުރާ ފަރާތުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަޒީފާއަދާކުރާފަރާތުގެ އަމިއްލަ މަސްލަޙަތެއް ހިމެނޭ ތަނަކުން، މުދަލެއް ކުންފުންޏަށް ގަތުން، ޚިދުމަތެއް ހޯދުން ފަދަ، މަސްލަޙަތު ފުށުއަރާ އެއްވެސް ކަމެއް ނުކުރުމަށް އެއްބަސްވެފައިވާކަމާއި، ވަޒީފާގެ ގޮތުން ވަޒީފާއަދާކުރާ ފަރާތުން ކުރަން ޖެހޭ އެއްވެސް ކަމެއް ކުރުމުގައި އަސަރުކުރާނެ ނުވަތަ އަސަރުކުރާނެ ކަމަށް ބެލެވިދާނެ ވިޔަފާރީގެ ނުވަތަ ޒާތީ ނުވަތަ މާލީ އެއްވެސް މަޞްލަޙަތެއް އޮތްނަމަ އެކަމެއްގެ ފުރިހަމަ މަޢުލޫމާތު ވަޒީފާއަދާކުރާ ފަރާތުން ވަޒީފާދޭ ފަރާތަށް ދިނުމަށް އެއްބަސްވެފައިވާކަން އެނގެއެވެ. އަދި ވަޒީފާގެ ގޮތުން ވަޒީފާއަދާކުރާ ފަރާތުން ކުރަން ޖެހޭ އެއްވެސް ކަމެއް ކުރުމުގައި އަސަރުކުރާނެ ނުވަތަ އަސަރުކުރާނެ ކަމަށް ބެލެވިދާނެ ވިޔަފާރީގެ ނުވަތަ ޒާތީ ނުވަތަ މާލީ އެއްވެސް މަޞްލަޙަތެއް އޮތްނަމަ އެކަމެއްގެ ފުރިހަމަ މަޢުލޫމާތު ވަޒީފާއަދާކުރާ ފަރާތުން ވަޒީފާދޭ ފަރާތަށް ދޭންވާނކަން އެނގެއެވެ.
20.6. އެމް.އޭ.ސީ.އެލްގެ ނަންބަރު HR/SOP/2016/004-MACL (1 ޖަނަވަރީ 1720( "އެޗް.އާރު. ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސްއޯޕީ)" ގެ އެނެކްސް 2 ގެ 17 ވަނަ ނަންބަރުގައި މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ފައިދާނެގުމުގެ އިދާރީ ފިޔަވަޅަކީ ވަޒީފާއިން ވަކިކުރުން ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ އެސްއޯޕީގެ 11.1 ގައި އެސްއޯޕީގެ އެނެކްސް 2 ގައި ބަޔާންކޮށްފައިވާ ޢަމަލެއް ކުރުމަކީ ނޯޓިސް ދިނުމަކާ ނުލާ ވަޒީފައިން ވަކިކުރުމުގެ އެކަށީގެންވާ ސަބަބެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.
20.7. މީގެ އިތުރުން 1 މޭ 2018 ގައި "އެޗް.އާރު. ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސްއޯޕީ)/ ސުލޫކީ މިންގަނޑު" އަށް ޢަމަލުކުރަން ފަށާފައިވެއެވެ. އެގޮތުން އެ އެސްއޯޕީގެ 10 ވަނަ މާއްދާގައި މަސްލަޙަތު ފުށުއަރާ ޙާލާތުތައް ބަޔާންކޮށްފައިވެއެވެ. އަދި 10.2.1 މާއްދާގެ ދަށުން އެފަދަ ޙާލަތުތައް އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް ހާމަކުރުން ލާޒިމކޮށްފައިވެއެވެ. އެގޮތުން އ މާއްދާތަކުގައި އޮތީ އަންނަވި ޢިބާރާތެވެ.
10.1 "ކުންފުނީގެ މުވައްޒަފެއްގެ މަސްލަހަތު ފުށުއަރާފާނެ ފަދަ ޙާލަތެއް މެދުވެރިވުމަކީ އެކަށީގެންވާކަމެކެވެ. މިސާލަކަށް، މުވައްޒަފަކު ނިންމާ ވިޔަފާރީގެ ނިންމުމެއްގެ ސަބަބުން ނުވަތަ އެހެންފަރާތެއްގެ (ފަސިންޖަރެއްގެ ނުވަތަ ކޮންޓްރެކްޓަރެއް ނުވަތަ ސަޕްލަޔަރެއް ނުވަތަ އެހެ ން މުވައްޒަފެއްގެ) ނިންމުމަކަށް ނުފޫޒު ފޯރުވުމުގެ ސަބަބުން ތިމާއަށް ނުވަތަ ތިމާގެ ވިޔަފާރީގެ ބައިވެރިއަކަށް ނުވަތަ ތިމާގެ މީހަކަށް ނުވަތަ ޒަވާޖީ ހަޔާތުގެ ބައިވެރިއެއް ފަދަ ތިމާއާއި ގުޅު ން ހުރި ތިންވަނަ ފަރާތަކަށް މަންފާއެއްވާނަމަ، އެއީ މަޞްލަޙަތު ފުށުއެރުމެކެވެ. މުވައްޒަފުންނާއި ފަސިންޖަރުންނާއި ސަޕްލަޔަރުންނާއި އަދި އެހެނިހެން ގުޅުންހުރި ފަރާތްތައް ހިމެނޭގޮތުން މަޞްލަޙަތު ފުށުއަރާފާނެ ގިނަ ޙާލަތްތަކެއް މެދުވެރިވެދާނެކަން ކުންފުނިން ދެކެއެވެ. އަދި އެފަދަ މަޞްލަހަތު ފުށުއަރާ ޙާލަތްތައް، ނުވަތަ މަޞްލަހަތު ފުށުއަރާފާނެފަދަ ޙާލަތްތައް ޙައްލުކުރުމަށް ކުންފުނިން މުވައްޒަފުންނާއެކު މަސައްކަތްކުރާންވާނެއެވެ. މިސިޔާސަތުގެ ބޭނުމަށްޓަކައި "ތިމާގެ" މީހެއްކަމަށް ބުނެފައިއެވަނީ، މައިންބަފައިންނާއި، އަނބި މީހާ ނުވަތަ ފިރިމީހާއާއި، ދަރިންނާއި، އެއްބަނޑު އެއްބަފާ މީހުންނާއި، ކައިވެނީގެ ގޮތުން ޢާއިލާއާ ގުޅިފައިވާ މީހުންނާއި، ކާފަ ނުވަތަ މާމައިންނާއި، ބޮޑުބޭބެއިން އަދި ބޮޑު ދައިތަ އިންނެވެ".
10.2.1 "މަސްލަޙަތު ފުށު އަރާ އަދި މަސްލަޙަތު ފުށުއަރާފާނެ ޙާލަތްތައް އެ މުވައްޒަފެއްގެ މައްޗަށް ހުންނަ ސުޕަވައިޒަރަކަށް ހާމަކުރުން" މި މާއްދާތަކަށް ބެލުމުން، "ތިމާގެ މީހެއް" ގެ މނައިގާ ތެރޭގައި އެއްބަނޑު އެއްބަފާ މީހުން ހިމެނޭކަން އެނގެއެވެ. އަދި މަސްލަޙަތު ފުށު އަރާ އަދި މަސްލަޙަތު ފުށުއަރާފާނެ ޙާލަތްތައް އެ މުވައްޒަފެއްގެ މައްޗަށް ހުންނަ ސުޕަވައިޒަރަކަށް ހާމަކުރަންޖެހޭކަން އެނގެއެވެ.
20.8. ހާދިސާ ހިނގާފައިވަނީ 2017 ގައި ކަމަށާއި އެހެންކަމުން ޝަކީލް އަޙްމަދު ވަޒީފާއިން ވަކިކރުމުގައު 2018 ގެ މި އެސްއޯޕީއާ ޙަވާލާނުދެވޭނެކަމަށް ޝަކީލް އަޙްމަދު ފާހަގަކުރެއެވެ. ނަމަވެސް މި އެސް.އޯ.ޕީ ވުޖޫދުވުމުން، އެފަދަ މަސްލަޙަތު ފުށުއަރާކަމެއް އޮތްނަމަ ސުޕަވައިޒަރަށް އެންގުން ލާޒިމްކޮށްފައި އޮތް އޮތުން، ޝަކީލް އަޙްމަދުގެ މައްޗަށްވެސް ހިނގާނެކަމށަ ޤަބޫލުކުރެވެއެވެ. މި އެސް.އޯ.ޕީ ވުޖޫދުވުމުންވެސް ޝަކީލް އަޙްމަދު އެފަދަ އެއްވެސް މަޢުލޫމާތެއް އަންގަން ޖެހޭ ފަރާތަށް އަންގާފައިވާކަން އެނގެން ނެތެވެ. އަދި ބަހުސްގެ ބޭނުމަށްޓަކައި މި އެސްއޯޕީ އެއްފަރާތް ކުރި ނަމަވެސް، 2017 ވަނަ އަހަރުގެ އެސްއޯޕީގައި ވެސް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާހޯދުމަކީ ނޯޓިސް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރެވިދާނެ ކަމެއް ކަމުގައި ބަޔާންކޮށްފައިވާކަން އެނގެއެވެ.
20.9. މީގެ އިތުރުން ޗިއަރސް ބްރޭންޑްގެ ބިޔަރ އޯޑަރ ކުރުމުގެ ކުރިން، އެ ފަދަ ބޮޑު އޯޑަރެއް ކުރުމުން ކުންފުންޏަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން، ލިކަރ ކެޓަގަރީގެ މެނޭޖަރ އަހްމަދު ޝިޔާމް ފާޅުކޮށްފައިވަނިކޮށް، މި ކަންބޮޑުވުންތަކަށް ރިއާޔަތް ނުކޮށް، އެއްފަހަރާ ބޮޑު އަދަދަކަށް އޯޑަރ ކުރުމަށް ޑިއުޓީފްރީ ހިންގަން ހަވާލުވެ ހުރި ރަހުމަތުﷲ އަޝްރަފު ޗުއްޓީގައި ހުރެ ޝަކީލް އަޙްމަދަށް އިރުޝާދު ދިންއިރު، ރަހުމަތﷲ އަޝްރަފު ޗުއްޓީއަށް ދިޔައީ ޑިއުޓީފްރީ ގެ ހިންގުމުގެ ކަންތައް ޝަކީލް އަހްމަދާއި ހަވާލުކުރުމަށް ފަހު ކަމަށް ވާއިރު، ކެޓަގަރީގެ މެނޭޖަރު ޝިޔާމުގެ ކަންބޮޑުވުންތަކާއި މެދު ސްޓަޑީއެއް ނުހަދާ ބިޔަރު ވިކި ހުސްވާނެ ކަމަށް ބުނެފައިވަ ކަން އނގޭކަމާއެ އަދި އެހެން ބްރޭންޑެއްގެ ބިޔަރު ހޯދުމަށް މަސައްކަތް ނުކޮށް، ގިނަ އަދަދެއްގެ ޗިއަރސް ބިޔަރު އެއްފަހަރާ ގެނައުމުގެ ނަތީޖާ އަކަށް ވީ ނުވިކި ހުރި ބިޔަރު ދަޅުތައް ނ އަގުގައި ބަހާ ހުސްކުރަން ޖެހުނކަން އެމް.އޭ.ސީ.އެލްގެ ތަޙްޤީޤުން ފާހަގަކޮށްފައިވެއެވެ. މިކަމަކީ ވަޒީފާއަދާކުރާފަރާތުން ވަޒީފާއަދާކުރަމުން ދާންވާނީ ވަޒީފާދޭ ފަރާތަށް މަންފާލިބޭގޮތަށް ކަމަށް ވަޒީފާގެ އެއްބަސްވުމުގެ 6.3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތާ ޚިލާފުކމެއްކަން އެނގެއެވެ.
20.10. އަދި އިތުރުން ޝަކީލް އަޙްމަދުގެ ވަޒީފާގެ އެއްބަސްވުމުގެ 13.1 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ވަޒީފާއަދާކުރާ ފަރާތުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަޒީފާއަދާކުރާފަރާތުގެ އަމިއްލަ މަސްލަޙަތެއް ހިމެނޭ ތަނަކުން، ކުންފުންޏަށް މުދަލެއް ގަތުން، ޚިދުމަތެއް ހޯދުން ފަދަ، މަސްލަޙަތު ފުށުއަރާ އެއްވެސް ކަމެއް ނުކުރުމަށް އެއްބަސްވެފައި އޮތް އޮތުމާއި، 13.2 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ފަދައިން ވަޒީފާގެ ގޮތުން ވަޒީފާއަދާކުރާ ފަރާތުން ކުރަންޖެހޭ އެއްވެސް ކަމެއް ކުރުމުގައި އަސަރުކުރާނެ ނުވަތަ އަސަރުކުރާނެ ކަމަށް ބެލެވިދާނެ ވިޔަފާރީގެ ނުވަތަ ޒާތީ ނުވަތަ މާލީ އެއްވެސް މަޞްލަޙަތެއް އޮތްނަމަ އެކަމެއްގެ ފުރިހަމަ މަޢުލޫމާތު ވަޒީފާއަދާކުރާ ފަރާތުން ވަޒީފާދޭ ފަރާތަށް ދިނުމަށް އެއްބަސްވެފައި އޮތް އޮތުމާ ޝަކީލް އަޙްމަދު ޚިލާފު ވެފައިވާކަން ޝަ ކީލް އަޙްމަދގު ތަޙްޤީޤު ބަޔާނާއި، އެމް.އޭ.ސީ.އެލް އިން ކުރި ތަޙްޤީޤުގެ ނިންމުނު ބިނާކޮށްފައިވާ ސަބަބުތަކާއި އެ ތަޙްޤީގުން ސބާ ތުވި ކަންކަމަށް ބެލުމުން އެނގެއެވެ. ވުމާއެކު ޝަކީލް އަޙްމަދު ނޯޓިސް ދިނުމަކާ ނުލާ ވަޒީފާއިން ވަކިކުރުމުގައި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ)، (ށ) އަށް ރިޢާޔަތްކޮށް، އެކަށީގެންވާ ސަބަބެއް ވުޖޫދުގައި އޮތްކަން އެނގެއެވެ.
20.11.އެހެންކަމުން ޝަކީލް އަޙްމަދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވެފައިވާކަމުގައި ދެކެމެވެ. އަދި އެކަމުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ރިޢާޔތްކޮށްފައިވަނަ ރަނގަޅަށް ކަމުގައި އަހުރެންނަށް ބުރަވެވެއެވެ. އިސްތިއުނާފީ ހަތަރު ވަނަ ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިގޮތް
21ޕްރިސިޑެންސް 5އިސްތިއުނާފީ ހަތަރުވަނަ ނުކުތާއަކީ ސާދަ ދުވަހަށްވުރެ ދިގު މުއްދަތަކަށް އިސްތިއުނާފުކުރާ ފަރާތް ސަސްޕެންޑްކުރުމުގެ ޤާނޫނީ ނަތީޖާއާމެދު ގޮތެއް ކަނޑައެޅުމަކާ ނުލައި، ޓްރައިބިއުނަލްއިން މައްސަލަ ނިންމާފައިވަނީ، ވަޒީފާގެ އެއްބަސްވުމުގެ 13.1 އާއި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . މިނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
21.1. އެމް.އޭ.ސީ.އެލްގެ ނަންބަރު HR/SOP/2016/004-MACL (1 ޖަނަވަރީ 2017( "އެޗް.އާރު. ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސްއޯޕީ)" ގެ 9.1 އަދި 9.2 ގައި އަންނަނި ފަދައިން ބަޔާންކޮށްފައިވެއެވެ.
9.1 "ތަޙުޤީޤަށްޓަކައި ނުވަތަ އިދާރީ ފިޔަވަޅެއްގެ ގޮތުން މުވައްޒަފުން ސަސްޕެންޑްކޮށްފައި ބެހެއްޓުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެން ވެއެވެ."
9.2 "ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާ ބެހޭ ސިޔާސަތުގެ އެނެކްސް 2 ގައވި ޢަމަލެއް މުވައްޒަފަކު ކޮށްގެން އެމުވައްޒަފެއްގެ މައްސަލަ ބަލައި ތަޙުޤީޤުކޮށް ނިމި އޭނާއާމެދު ފިޔަވަޅެއް އެޅުމާ ދެމެދވު މުއްދަތަށް އެމުވައްޒަފަކު ސަސްޕެންޑްކޮށްފައި ބެހެއްޓުމުގެ އިޚްތިޔާރު ކުންފންޏަށު ލިބިގެން ވެއެވެ .".. މި މާއްދާތަކަށް ބެލުމުން ތަޙްޤީޤަށްޓަކައި މުވއްޒަފުނަ ސަސްޕެންޑް ކުރުމުގެ އިޚްތިޔާރު އެމް.އޭ.ސީ.އެލް އަށް ލިބިގެންވާކަން އެނގެއެވެ.
21.2. އެހެންކަމުން ޝަކީލް އަޙްމަދުއާމެދު ކުރެވުނު ތުހުމަތުތަކާ ގުޅޭ ތަޙްޤީޤުތައް ނިމި ފިޔަވަޅު އެޅެންދެން ސަސްޕެންޑްކޮށްފައި ބެހެއްޓުމަކީ އިސްލާހީ ފިޔަވަޅެއްގެ ގޮތުން ކޮށްފައވާކަމެއް ކަމަށި ނުބެލެވެއެވެ. އެހެންކަމުން ޝަކީލް އަޙްމަދު ސަސްޕެންޑް ކޮށްފައި ހުރި ހުރުމަކީ އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަނުވުން ކަމަށް ޝަކީލް އަޙްމަދުގެ ފަރާތުން ބަޔާންކޮށްފައިވީނަމަވެސް އެކަމުގައި ޤާނޫނީ އަސާސެއް ނެތެވެ. އަދި ޝަކީލް އަޙްމަދުގެ ސަސްޕެންޝަން ގުޅޭގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިވަނީ ރަނގަޅަށް ކަމުގައި ދެކެމެވެ.
22އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް އޮތް ކަމަކަށް އަހުރެން ނުދެކެމެވެ.
23ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ)، (ށ) (1)، (2)
- ILO Termination of Employment Convention, 1982 (No. 158) Article 4 and Article 7
- 2017/SC-A/44 (ސަންލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު)
- 2017/SC-E/05 (އިލެކްޝަންސް ކޮމިޝަން ވ. ފަރީދާ ޢުމަރު)
- ބެންޗު
- ޙުސައިން މަޒީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް