ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-A/237
ނަން ސިއްރުކޮށްފައި ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2025/HC-A/237
Name withheld v. Prosecutor General 2025/HC-A/237 (2025/HC-A/237, High Court of the Maldives, 7 July 2026)
ނަން ސިއްރުކޮށްފައި ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައިގަނޑު ސުވާލު
ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ޙުކުމުގައި، ކުއްޖާގެ ހެކިބަސް ޝަރީޢަތުގެ މަޖިލީހުގައި ނެގުމަކީ ޤާނޫނު ނަންބަރު 2009/12 ގެ 48 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯއާއި، 47 ވަނަ މާއްދާގެ ދަށުން ހެކީގެ ނިސްބަތް ފުރިހަމަވެފައިވޭތޯއާއި، ތަޙުޤީޤުގައި ލިޔުންތައް ނުހޯދުމާއި ދިފާޢަށް ބޭނުންވާ ހެކިން ހުށަނާޅުމުގެ ސަބަބުން ޙުކުމް ބާޠިލުވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ހައިކޯޓުން މައްސަލަ ބަލަންވާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމާއި، އިސްތިއުނާފީ މަރުޙަލާއަކީ ކަންހިނގާފައިވާ ގޮތާއި ހެކިތަކަށް ދެވޭނެ ބުރަދަން ބަލައި ގޮތެއް ކަނޑައަޅާ މަރުޙަލާއާ ތަފާތު މަރުޙަލާއެއް ކަމުން، ކުއްޖާ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށް ހެކިބަސް ނެގުމަށް ދަށުކޯޓުގައި އިޢުތިރާޟުނުކޮށް، އަލަށް އިސްތިއުނާފުގައި ހުށަހަޅާ ނުކުތާއަކީ ހައިކޯޓުން ބަލައިގަނެ ގޮތް ކަނޑައަޅަންޖެހޭ ނުކުތާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17، 18، 19)
- ޤާނޫނު ނަންބަރު 2009/12 ގެ 47 ވަނަ މާއްދާގެ ހެކީގެ އުޞޫލަކީ ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން މައްސަލަ ސާބިތުވޭތޯ ވަޒަންކުރުން ކަމާއި، ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދުކަމަށް ޤަބޫލުކުރެވޭ ހެކިބަހެއްނަމަ ހަމައެކަނި އެ ބަހުގެ މައްޗަށް ބިނާކޮށް ކުށް ސާބިތުކުރެވިދާނެއެވެ. އެ މާއްދާގައިވާ 12 ބާވަތުގެ ހެކީގެ ވަސީލަތްތަކަކީ ކުއްޖާގެ ބަހުގެ ތެދުކަން ކަށަވަރުކުރުމާއި ކޮރޮބޮރޭޓްކުރުމަށް ފަނޑިޔާރުންނަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- ކުއްޖާގެ ވާހަކައަކީ ހަދައިގެން ދައްކާ ވާހަކައެއްކަމަށް ތުހުމަތުކުރެވޭ ފަރާތުން ބުނާނަމަ، އެކަން ސާބިތުކުރުމަށް ހެކި ހުށަހަޅަންޖެހޭނީ އެ ފަރާތުންނެވެ. މައްސަލަ ހުށަހެޅުމުގައި ގިނަދުވަސްވުމާއި ތާރީޚުތަކުގެ ފުށުއެރުންތަކެއް ކަމަށް ބުނާ ކަންކަމަކީ، ދަށުކޯޓުގެ ފަނޑިޔާރު ހެކިވަޒަންކުރުމުގައި ގޯހެއް ހަދާފައިވާކަން ދޭހަކުރާ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- ކުއްޖާ ކިޔައިދޭ ތާރީޚުތަކާއި ޓައިމްލައިން ދިމާނުވާކަމަށް ތުހުމަތުކުރެވޭ ފަރާތުން ބުނާނަމަ، އެކަން ސާބިތުކުރުމަށް ލިޔުންތައް ހެއްކެއްގެ ގޮތުގައި ހުށަހެޅުމަކީ އެ ފަރާތުގެ ޒިންމާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- ހެކިންގެ ގޮތުގައި ހުށަހަޅާނެ ފަރާތްތައް ނިންމާނީ ދައުލަތުންނެވެ. ދިފާޢަށް ބޭނުންވާ ހެކިން ހުށަހެޅުމުގެ ފުރުޞަތު ދަށުކޯޓުގައި ލިބިހުރެ އެ ފުރުޞަތުގެ ބޭނުން ނުހިފާނަމަ، އެކަމަކީ އިސްތިއުނާފުގައި ބަލައިގަނެ ގޮތް ކަނޑައަޅަންޖެހޭ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24)
1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 515/Cr-C/2023 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ××××××××××××××× (މީގެ ފަހުން "އިސްތިއުނާފ ކުރު ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވު ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ. (މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ދައުލަތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް")
2ދައުލަތުން، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އުފުލިއެވެ. މި ދަޢުވާ އުފުލާފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުންނެވެ.
3މި ދަޢުވާ އުފުލާފައިވަނީ، އިސްތިއުނާފުކުރާ ފަރާތް، 2013 ވަނަ އަހަރުގެ ތެރޭގައި އޭނާގެ އޭރުގެ އަނބިމީހާގެ 08 (އަށެއް) އަހަރުގެ ކޮއްކޮ (މީގެ ފަހުން، "އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާ" ނުވަތަ "ކުއްޖާ")، ރަށުގައި ދިރިއުޅުނު ދުވަސްވަރުގެ ތެރެއިން ދުވަހެއްގައި، ކުއްޖާ ދިރިއުޅޭ ގޭގައި ހަދފައާ ހުންނަ ފިހާރައިގެ ތެރޭގައި ކުއްޖާ ހުރިއިރު، މީނާ ކުއްޖާގެ މޭ މަތީ އަތްލާ ކުއްޖާއަށް އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯ ދައްކާފައިވާތީއާއި، އެހެން ދުވަހެއްގައި އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާ ފިހާރައިގެ ރެކްތަކަށް އެއްޗެހިލާން ހުރި ވަގުތެއްގައި މީނާގެ ކުރިމަތިފަރާތް ކުއްޖާގެ ކުރިމަތި ފަރާތުގައި ޖައްސާ ކުއްޖާގެ މޭމަތީ އައިޑީކާޑު ނަންބަރު ××××××× ޤާނޫނު ނަންބަރު 2009/12 (މީގެފަހުން މި ރައުޔުގައި، "ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު" ކަމަށް ބުނެފައި އެވަނީ މި ޤާނޫނަށް ނިޞްބަތްކޮށެވެ.) ވަރަށްބާރަށް ހިފާފައިވާތީ އާއި، 2014 ވަނަ އަހަރު ކުއްޖާ މާލެ ބަދަލުވި ފަހުން ކުއްޖާގެ މާމަ ނިޔާވި ދުވަހު ކުއްޖާގެ އާއިލާ މީހުން ހޮސްޕިޓަލުގައި މަޑުކުރުމަށްފަހު، މީނާއާއެކު ކުއްޖާ، ކުއްޖާ އޭރު ދިރިއުޅެމުންދިޔަ ގެއަށް ފޮނުވުމުން، ކުއްޖާ އެގޭގެ ސޯފާގައި އޮށޯވެގެނ އޮތް ގަޑީގައި ކުއްޖާގެ ފައި މީނގާ ޖިންސީ ގުނަވަނާ ދިމާލަށް ގެންގޮސް ކުއްޖާއަށް ނިދުމުނ މީން އޮރިޔާންވެ ކުއްޖާ މީނާގެ ފަލަމަސްގަނޑު މަތީގައި ބާއްވާފައިވާތީއާއި، އެކި ދުވަސް މަތިން ކުއްޖާއަށް އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ދައްކާ ކުއްޖާގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން އ ތްލާ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާތީ ކަމަށް ދައުލަތުން ބަޔާންކޮށްފައިވެއެވެ.
4ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑައްކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކށުނު އިސްތިއުނާފުކުރާ ފަރާތް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ އުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން، އިސްތިއުނާފުކުރާ ފަރާތް 18 (އަށާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ދަށުކޯޓުން ޙުކުމްކޮށްފައިވެއެވެ.
5އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.5 ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސް ގޯނާކުރާމީހުންނާއި މެދު ހާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާއާއި ޚިލާފަށް، ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް، އަނިޔާ ލިބުނުކަމަށް ބުނާ ކުއްޖާ ޙާޟިރުކޮށް އޭނާގެ ހެކިބަސް ނަގައި، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޚިލާފަށް، ޤާނޫނާ ޚިލާފަށް ހޯދި ހެއްކާއި އިޢުތިރާފު ޝަރީޢަތަށް ބަލައިގަނެ، އެ ހެއްކާއި އިޢުތިރާފުގެ މައްޗަށް ބިނާކޮށް އެކަށީގެންވާ ޝައްކެއްނެތި ކުށްސާބިތުވާކަމަށް ކަނޑައަޅާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އާއި
2.5 ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކީގެ ނިސްބަތް ފުރިހަމަ ނުވަނީސް، އެ މާއްދާގައި ބަޔާންކުރާ ހެކި ފުރިހަމަވެއްޖެކަމަށ ކަނޑައަޅައް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
(އ) އާ ޚިލާފަށް ޙުކުމްކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި
3.5 ޢަދުލު އިންޞާފުގެ ހަމަތަކާއި ޚިލާފަށް މައްސަލަ ތަހްޤީޤުކޮށް، އިސްތިއުނާފުކުރާ ފަރާތް ފްރޭމް ކުރުމަށްޓަކައި މައްސަލައިގައި ކުއްޖާ ކިޔައިދީފައިވާ ހާދިސާތައް ނުވަތަ ކަންތައްތައް ހިނގިކަމަށް ކުއްޖާބުނާ ތާރީޚުތައް ނުވަތަ ޓައިމްލައިންތައް ދިމާނުވާކަނ ސާފުކޮށް އިނގޭނެ ޑޮކިއުމަންޓްތައް ފަސޭހައިން ތަހްޤީޤަށް ހޯދެން ހުއްޓާ އެލިޔުންތައް ހޯދުމަކާ ނުލާ ހަމައެކަނި ކުއްޖާގެ ޢާއިލާ މީހުންގެ ބަޔާންތައް ނަގައި އެބަޔާންތަކުން އިސްތިއުނާފުކުރާ ފަރާތް ފްރޭމްކުރަނ މަސައްކަތް ކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރުމެއް ނެތި ކުށްސާބިތުވާކަމަށ ކަނޑައަޅައް މައްސަލި ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ކަންކަން ފުރަތަމަ ނުކުތާއާ ގުޅޭ
6އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި ގުޅިގެން، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ؛
1.6 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސާ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާގައި "މ ޤާނޫނުގި ބޭނުމަށްޓަކައި ކުޑަކުއްޖެއްގެ ހެކިބަސް ހޯދާކަމަށްވާނަމަ، އެކުއްޖެއްގެ ހެކިބަސް ހޯދަންވާނީ، ކޯޓުން ބޭރުގައި، ޝަރީޢަތުގެ މަޖިލީހުން ބޭރުގައި، ފުލުސް އފޮ ހުން ބޭރުގައި، އެކުއްޖާއަށް ދެކެފަރިތަ މާޙައުލެއްގައި، އެކުއްޖާ ދެކެފަރިތަ، އެކުއްޖާއަށް އިތުބާރުކުރެވޭ ބައެއްގެ ހާޒިރުގައި، އިންޓަރވިއު ކޮށްގެން އެ އިންޓަރވިއު ވީޑިއޯ ރެކޯޑްކޮށްގެން..." ކަމަށް ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި އަނިޔާ ލިބުނުކަމަށް ބުނާ ކުއްޖާ ކްރިމނަލ ކޯޓުގް ޝަރީޢަތުގި މަޖިލީހަށް ހާޟިރުކޮށް، ކުއްޖާގެ ހެކިބަސް ނަގާފައިވާކަމާއި، މުޅި މައްސަލަ ނިންމުމުގައި ފަނޑިޔާރު ކަނޑައަޅާފައިވާ ހުރިހާ ހެއްކެއް ނުވަތަ އެ ހެކީގެ މައްޗަށް މައްސަލަ ސާބިތުވާކަމަށް ކަނޑައެޅި ހެއްކަކީވެސް ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުންކަމަށް ޝަރީޢަތުން ކަނޑައަޅާފައިވާކަން.
2.6 ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް ނުވަތަ ޤާނޫނާ ޚިލާފަށް ހޯދާ ހެކި ޝަރީޢަތަށް ބަލައިގަނެގެނ ނުވާނެކަމަށް ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، މި މައްސަލަ ސާބިތުވާކަމަށް ޝަރީޢަތުން ކަނޑާއަޅާފައިވަނ ޤާނޫނީ ޚިލާފަށާ ޝަރީއަތުން ހދ ހެކިބަހެއްގެ މައްޗަށްކަން.
3.6 މި މައްސަލައިގައި ލިބިފައިވާ އެންމެ މުހިންމު ހެއްކަކީ، އިސްތިއުނާފުކުރާ ފަރާތް، އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާގެ ދައްތއަ ސުވާލުކުރުމުން އިސްތިއުނާފުކުރާ ފަރާތް އިއުތިރާފުވިކަމަށ ބުން ކުއްޖާގެ ދައްތަ ދީފައިވާ ހެކިބަސް ކަމަށް ދަށުކޯޓުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާއިރު، އިސްތިއުނާފުކުރާ ފަރާތް އިޢުތިރާފްވ ކަމަށި ބުން ހެކިބަސްދިން މީހުންގެ ހެކިބަހުގައި، ކަނޑައެޅިގެން ދޮގު ހިމެނިގެންވާއިރު އެކަންކަމަށް ރިޢާޔަތްކޮށްފައިނުވާކަން.
4.6 ކުއްޖާއއާ ކުއްޖާގެ 3 (ތިނެއް) ދައްތަގެ ކުރިމަތީގައި އިސްތިއުނާފުކުރާ ފަރާތް އިޢުތިރާފުވެފައިވާ ކަމަށް ބުނެ، ދީފައިވާ ހެކިބަހަށް ދަށު ކޯޓުގެ ރިޕޯޓުގައި ރިޢާޔަތްކޮށްފައިވާއިރު، އެންމެން އެއްވަގުތެއްގައި، އެކުގައި ތިބިތަނެއްގައ އިސްތިއުނާފުކުރި ފަރާތާ ކުށަށް އިޢުތިރާފުވިކަމަށް ބުނެ ދައްކާފައިވާ ވާހަކަ ދިމާނުވުމާއި، ތަހުޤީޤުގައި ބަޔާންދިންގޮތާއި ޚިލާފަށް ޝަރީޢަތުގައި ހެކިބަސްދީފައިވާ ކަމާއި، ހެކިބަސްދިނުމުގައި ކަނޑައެޅިގެން ދޮގު ހަދާފައިވާކަން މައްސަލައިގައި އެ މީހުން ދީފައިވާ ބަޔާނތް ކުން އެނގެން އޮންނަކަން.
7އިސްތިއުނާފީ ދެވަނަ ނުކުތާއާއި ގުޅިގެން، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ؛
1.7 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ހެކި ވަޒަންކުރުމުގައި ބަލާނެ އުޞޫލު ކަނޑައަޅާފައިވާއިރު، އެ މާއްދާގައި ބަޔާންކޮށްފައިވަނީ ކުއްޖާ ކިޔައިދޭ ކިޔައިދިނުމަކީ އަސާސްކަމަށް ބަލައިގެން އެ ކުއްޖާ ކިޔައިދޭ ކިޔައިދިނުމަކީ އާދަޔާ ޚިލާފު ތެދު ކިޔައިދިނުމެއްތޯ ބަލަންވާނެ ކަމަށް ކަމަށާއި، އަނިޔާ ލިބުނު ކުއްޖާގެ ބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ ބަހެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި، އެ ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވޭތޯއާއި ޝަކުވާ އުފުލި ފަރާތުގެ އަޚުލާގާއި ޢަމަލުތަކާ ކުއްޖާގެ އުޅުން ހުންނަ ގޮތުގެ މައްޗަށާއި މުއްތަހަމާ ބެހޭގޮތުން ޝަކުވާ ކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ބެލިދާނެ ކަމަށާއި އަދި މިކަންކަން ބެލުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ ތެރެއިން އެ މައްސަލައެއްގައި ލިބެންހުރި ހުރިހާ ވަސީލަތްތައް ބޭނުން ކުރެވިދާނެކަން.
2.7 ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތަށް ކުޑަކުދިންގެ ހެކިބަސް ނެގުމުގައި މައްސަލަ ފައިސަލާކުރާ ފަނޑިޔާރުގެ ޣައިރު ހާޟިރުގައި އަދި މުއްތަހަމުގެ ފަރާތުން ތަމްސީލްކުރާނެ ފަރާތެއްނެތި، ޝަރީއަތެއްގެ ބޭނުމަށް ހެކިބަސް ނެގުމުގެ އަސާސީ އުޞޫލުތައް އެއްފަރާތްކޮށް، ކުޑަކުއްޖާ ތަޙްޤީޤަށް ކިޔައިދޭ ކިޔައިދިނުން ވީޑިއޯ ކޮށް ގެން ޝަރީޢަތަށް ހުށަހަޅާ ހުށަހެޅުން އެއީ ކުޑަކުއްޖާގެ ހެކިބަސްކަމަށް ބުރަވެ މީހެއްގެ މައްޗަށް ކުށްސާބި ތ ނުކުރެވޭނެ ކަމަށް ބުނެފައިވާ ބުނުމާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ލިބިދޭ އޭނާއާ ދެކޮޅަށް ހުށަހަޅާ ހެކިންނާ ސުވާލު ކުރުމުގެ ޙައްޤަކީ ވަކި ބާވަތެއްގެ ކުށަކާއި ގުޅިގެން ޤާނޫނުއަސާސީން އިސްތިސްނާކުރާ ޙައްޤެއް ނޫންކަމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:2019/SC-A/77 ޤަޟިއްޔާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައިވެސް ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހަކާއި ދެކޮޅަށް ދަޢުވާކުރާ ފަރާތުން ހުށަހަޅާ ހެކިންނާ ސުވާލުކުރުމުގެ ޙައްޤު އެ ޤާނޫނުގެ ދަށުން މުޠުލަޤަށް ހިފަހައްޓާފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް ޤަޟިއްޔާގައި ފާހަގަކޮށްފައިވާކަމާއި، އަނިޔާ ލިބުނު ކުއްޖާ ހެއްކެއްގެ ގޮތުގައި ހުށަހެޅުމަކާ ނުލައި އަދި އެކުއްޖާ ސީދާ ކިޔައިދޭ އެއްވެސް ކިޔައިދިނުމެއް ފަނޑިޔާރަށް ހުށަހެޅުމަކާ ނުލައި ނުވަތަ ޤާނޫނާ ޚިލާފަށް ނެގި ކުއްޖާގެ ހެކިބަހަށް ރިޢާޔަތްކޮށް، މިބާވަތުގެ ޝަރީޢަތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކުއްޖާގެ ތަޙްޤީގު ބަޔާނަށް ރިޢާޔަތްކޮށް ކުށްސާބިތު ކުރެވޭނެ ހަމައެއް ނެތްކަން.
3.7 މި މައްސަލައަކީ، ކުއްޖާގެ ހެކިބަހުގެ މައްޗށަ ބިނާކޮށް ނިންމާފައިވާ މައްސަލައެއްކަމާއި، އިސްތިއުނާފުކުރާ ފަރާތް ކުއްޖާއާމެދު ޖިންސީ ޢަމަލެއް ހިނގިތަން ލޮލުން ދުށް މީހަކު ނެތްކަމާއި، ކުއްޖާއާމެދު އިސްތިއުނާފުކުރާ ފަރާތް ޖިންސީ ޢަމަލެއް ހިންގިކަން އަންގައިދޭ އިތުރު އެހެން އެއްވެސް ބައްޔިނާއެއް ނެތްކަމާއި، ހަމައެކަނި އޮތީ ކުއްޖާ ކިޔައިދޭކަމަށ ބުން ވާހަކާ ތަކެއްކަން. އެހެންކަމުން، ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުމުގެ މައްޗަށް ބިނާވާ މިބާވަތުގެ މައްސަލައެއްގައި، ފަނޑިޔާރު ހެކި ވަޒަންކުރުމުގައި ކުރަންޖެހޭ އަސާސީ ކަމަކީ، ކުޑަކުއްޖާ ކިޔައިދޭ ނުވަތަ ބަޔާންކޮށްދޭ އެއްޗެއް އަޑުއަހާ ބަލައި، އެކުއްޖާ އެކިޔައިދޭ ކިޔައިދިނުން އާދަޔާޚިލާފަށ ތެދުކަމަށް ޤަބޫލް ކުރެވޭތޯ ދެނެގަތުންކަމާއި، މިކަން ކުރަން ޖެހެނީ ޤާނޫނާއި އެއްގޮތަށް ކަމާއި ޤާނޫނާ ޚިލާފަށް އެކުއްޖާގެ ހެކިބަސް ނަގައިގެން އެހެކީގެ މައްޗަށް ކުށްސާބިތެއް ނުކުރެވޭނެކަން.
4.7 ޝަރީޢަތަށް ނެގި ހެކިބަސްތަކުން ކުއްޖާއާއި ހެކިބަސް ދިން ކުއްޖާގެ ޢާއިލާ މީހުން ދޮގުހަދާކަން ސާފުކޮށް ފެންނަން އެބައޮތްކަމާއި، މިގޮތުން، އިސްތިއުނާފުކުރާ ފަރާތުގެ ފޯނުން، ކުއްޖާއަށް އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯ ދެއްކި ކަމަށް ބުނާއިރު، އެ ފޯނުން، ކުއްޖާ ބުނިގޮތަށް ވަކި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:2022/HC-A/407 ޤަޟިއްޔާ ފޯލްޑަރއެއްގައި، އެތައް ބައިވަރު އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯ ސޭވްކޮށްފައި ނެތްކަން ފޮރެންސިކް އެނަލިސިސް ރިޕޯޓުން އެނގޭކަން. ކުއްޖާ އުމުރުން 4 (ހަތަރެއް) އަހަރުން ފެށިގެން ކުއްޖާ މާލެ ބަދަލުވެއްޖެކަމާއި، އޭގެފަހުން ކުއްޖާ އެނބުރި ރަށަށް ނުދާކަމަށް ކުއްޖާގެ މަންމަ ބުނެފައިވާތީ، ކުއްޖާގެ 3 (ތިނެއް) ދައްތަ ނުވަތަ ކުއްޖާގެ މަންމަ ދޮގުހަދާކަން ސާފުވާކަން. ކުއްޖާގެ މަންމަ 2015 ވަނަ އަހަރު އިސްތިއުނާފކުރު ފަރާތުން ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ހުށަހެޅިކަމަށް ބުނެ ހެކިބަސްދީފައިވާއިރު، ތަހުޤީގ ކުރު ގޮތުގެ ރިޕޯޓުގައި، ކުއްޖާ ފުލުސް އޮފީހަށް ހާޒިރުވެ 2021 ޖުލައި 14 ވަނަ ދުވަހު މި މައްސަލަ ހުށަހެޅި ކަމަށް ބަޔާންކޮށްފައިވާކަން.
5.7 ކުއްޖާގެ އެއް ދައްތަގެ ފަރާތުން ދިން ހެކިބަހުގައި، އޭނާ މި މައްސަލަ ފުލުސް އޮފީހަށް ހުށަހެޅި ކަމަށް ބަޔާންކޮށްފައިވާކަމާއި، ނަމަވެސް މިފަދަ މައްސަލައެއް އޭނާ ހުށަހެޅިކަން އެނގޭނެ ލިޔުމެއް ނެތްކަމާއި، މި މައްސަލަ ހުށަހެޅީ ކުއްޖާ އޭނާ އާއި އޭނާގެ ދެންތިބި ދައްތަމެން ބްލޭމް ކުރަމުންދާތީކަމަށް ބުނެ ހެކިބަސް ދީފައިވާކަން.
6.7 ކުއްޖާއާއި އެ ކުއްޖާގެ ދައްތަމެންނަށް ކުއްޖާ ބްލޭމް ކުރަންޖެހުނީ ކުއްޖާ އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯ ބަލަމުންދާކަން ކުއްޖާގެ ދައްތަމެންނަށް ފަޅާއެރުމުންކަމާއި، އެ ކުއްޖާއަށް ގިލްޓއްން ސަލާމަތްވެވެން އޮތްގޮތަކީ، އިސްތިއުނާފުކުރާ ފަރާތުން އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯ ބަލަން ދސަ ކްށދިނީކަމާއި، ކުއްޖް ބޭނުން ކުރާ ލެޕްޓޮޕުން އެކަހަލަ ވީޑިއޯ ބަލަނީ އިސްތިއުނާފުކުރާ ފަރާތް ކަމަށްބުނެ ދޮގުހެދުންކަން. ކުއްޖާއަށް މިނިވަންކަން އާއިލާ މީހުންގެ ފަރާތުން ނޯންނަކަމަށާއި، ވަރަށްބޮޑަށް ކުއްޖާ ބަންދުވެފައި ހުންނަކަމުގެ އިހްސާސ ކުއްޖާއަށް ކުރެވޭކަމަށް ކުއްޖާގެ އިޖްތިމާއީ ހާލަތު އަންގައިދޭ ރިޕޯޓުގައި ބަޔާންކޮށްފައިވާކަމާއި، މި ކަމަކީ ކުއްޖާއަށް އާއިލީ ނުފޫޒާއި ބާރު ފޯރުވާފައިވާކަން ސާބިތުވާކަމެއްކަން.
7.7 ކުއްޖާ ފުލުސް އޮފީހަށް ހާޒިރުވެ 2021 ޖުލައި 14 ވަނަ ދުވަހު ތަފްސީލުކޮށް ކިޔައިދިން ކިޔައިދިނުން ފިޔަވއަ އެހެން އެއްވެސް ފަރާތަކަށް އެވާހަކަ ނުކިޔައިދޭކަމަށް ތަހުޤީގުކުރި ފަރާތުން ތަހުޤީގު ރިޕޯޓުގައި ފާހަގަކޮށްފައިވާކަން، އަދި ކުއްޖާގެ ދައްތަމެންގެ ތެރެއިން ދައްތައަކަށް އެކަނި ބައެއް ވާހަކަ ކިޔައިދިން ކަމަށާއި، އެ ދައްތައަށް ކިޔައިދިންއރި ކުއްޖާއަށް އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯ ދައްކާ ޖިންސީ ގޯނާ ކުރީ ކާކުކަން ފުރަތަމަ ނުބުނާކަމަށާއި، ހުރިހާ ވާހަކައެއް ކިޔާ ދިނުމަށްފަހު، އެއީ ކާކުކަން ގެސް ކުރާށޭ ބުނެފަ، ފަހުން އިސްތިއުނާފުކުރާ ފަރާތުގެ ނަން ކުއްޖާ ބުނިކަމަށް ތަހުޤީޤަށް ބަޔާން ދީފައިވާކަން، އަދި ކުއްޖާ އަކީ ވާހަކަ ލިޔަން ޝައުޤުހުންނ ވާހަކަ ހަދައިގެން ލިޔާ ކުއްޖެއްކަން ބުނެދީފައިވާކަމާއި، ކުއްޖާގެ އުމުރުން 16 (ސޯޅަ) އަހަރު ފުރި އަލަށް އުފައްދައިގެންވެސް އަދި ހަދައިގެންވެސް ދޮގު ވާހަކަތަކެއް ދެއްކޭ ގާބިލްކަމާއި ހުނަރު ހުރި ކުއްޖެއްކަން ކުއްޖާގެ ތަހުޤގީ ބަޔާނާއި އިޖުތިމާއީ ހާލަތު އަންގައިދޭ ރިޕޯޓުން ކުއްޖާ ސާފުކޮށްދީފައިވާކަން. ކަންމިހެން އޮތްއިރު، ކުއްޖާގެ ވާހަކާ އާދަޔާ ޚިލާފަށް ތެދުކަމަށް ޝަރީޢަތުން ނިންމާފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މައްދާގައި ބަޔާންކޮށްފައިވާ ހެކީގެ ނިސްބަތް ފުރިހަމަ ނުވަނީސް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށްކަން.
8އިސްތިއުނާފީ ތިންވަނަ ނުކުތާއާއި ގުޅިގެން، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ؛
1.8 ކުއްޖާ ރަށު ސްކޫލްގައި އުޅުނު ދުވަސްވަރާއި އެސްކޫލު ން ވަކިވިއިރާއި ދެން އޭގެ ފަހުން ބަދަލުވި ސްކޫލްތަކާއި އުޅުނު ގްރޭޑްތަކާއި ސްކޫލްތަކަށް ބަދަލުވި އަހަރުތަކާއ ބެހި ލިޔުންތައް އެ ސްކޫލްތަކުން ތަހުޤީޤަށް ފަސޭހައިން ލިބޭނެކަމާއި، އަދި ކުއްޖާގެ މާމަ ނިޔާވިއިރާއި، މަރު ސެޓްފިކޓްއާއެ އިސްތިއުނާފުކރު ފަރާތާ ކުއްޖާގެ ދައްތައާ ކައިވެނި ކުރިކަމުގެ ސެޓްފިކެޓް އާއި ކުއްޖާ ސައިކޯ ތެރަޕީ ނެގިކަމަށްވާނަމަ އެ ތަނެއްގެ ލިޔުންތަކާއި މި އެންމެހާ ޑޮކިއުމަންޓތަކްކީ ފަސޭހައިން ލިބޭނެ ޑޮކިއުމަންޓްތކައްކަން. ނަމަވެސް، މި މައްސަލަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި އެއްގޮތަށް އެކަށިގެންވާ ގޮތެއްގައި ތަހުޤީޤު ނުކޮށް ބަޔާންކުރި ލިޔުންތައް ހޯދައި އެލިޔުންތައް މައްސަލައާ އެކު ޝަރީޢަތަށް ދައުލަތުން ނުފޮނުވީ ގަސްދުގައި އިސްތިއުނާފުކުރާ ފަރާތް ފްރޭމްކުރުމަށްކަން. އެހެނީ އެލިޔުންތަކުން ކުއްޖާ ހާދިސާތައ ހިންގިކަމަށް ބުނާ ތާރީޚްތަކާއި ހާދިސާ ހިނގިކަމަށް ބުނާ ޓައިމް ލައިންތައް ދިމާނުވާކަން ސާބިތުވެދާނެތީ، ޖުމްލަ ގޮތެއްގައި، ކުއްޖާ އާއި ކުއްޖާގެ ދައްތަމެންގެ ބަޔާންނަގައި، އެބަޔާންތައ އެއްގޮތް ކުރުމަށްޓަކައި ތަކުރާރުކޮށް އެތައްފަހަރެއްގެ މަތިން ބަޔާން ބަދަލުކޮށްފައިވާކަން ތަހުޤީޤު ރިޕޯޓުން ސާފުވާކަމާއި، މިކަން މިހެން ފުލުހުން ހިންގީ ކުއްޖާގެ އާއިލާ އާއި ކުއްޖާގެ ރަށަށް ނިސްބަތްވާ ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި މިހާރުގެ ސަރުކާރުގެ އިސްބައެއް ފަރާތްތަކާއި އޮންނަ ގުޅުމުގެ ތެރެއިންކަމަށް ތުހުމަތު ކުރެވޭކަމާއި، އަދި ހަމަ އެކަނި ކުރިން ބަޔާން ކުރި ލިޔެކިޔުންތަކުގެ އިތުރަށް ކުއްޖާ އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯ ބަލާކަމަށ ބުން އިޢުތިރާފު ވެފައިވާ، ކުއްޖާ ބޭނުންކުރި ކުއްޖާގެ ދައްތަގެ ލެޕްޓޮޕް ވެސް ފުލުހުން ހޯދާ އެފަދަ ކަމެއް އެލެޕްޓޮޕް ގައި ވޭތޯވެސް ބަލާފައިނުވާކަން.
2.8 އިސްވެ ބަޔާންކުރެވުނު ޑޮކިއުމަންޓްތަކަކީ ދިފާޢަށް ބޭނުންކުރެވޭނެ ޑޮކިއުމަންޓްތައް ކަމަށްވާއިރު، މިކަންކަން ފުލުހުންނާއި ދައުލަތުން ޝަރީޢަތަށް ފޮރުވާފައިވާކަމާއި، މިކަންކަން ފާހަގަކުރުމުން، އެކަމަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތްކޮށް ބުރަދަން ދީފައިނުވާކަން.
3.8 މި އެންމެހާ ކަންކަމަކީ، ކުއްޖާއާއި ކުއްޖާގެ ޢާއިލާ އިސްތިއުނާފުކުރާ ފަރާތާމެދު ނުނިޔަތެއް އަދި ހިތްހަމަ ނުޖެހުމެއް އޮތްކަން ދަލާލަތު ކޮށްދޭނެ ކަންކަންކަމަށާއި، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތް ފްރޭމްކޮށް ވަކި ބައެއްގެ ހެކިބަސް އެކަނި ހުށަހަޅައިގެން ކުށްސާބިތުކޮށްފައިވާކަން. މީގެ ހެއްކަކީ މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ މަންމައާއި ބައްޕަގެ ބަޔާން ފުލުހުން ނަގާފައިވާއިރު، ތަހުޤީޤުއާއ ޝަރީޢަތުގައި އިސްތިއުނާފުކުރި ފަރާތުގާ މަންމަ އާއި ބައްޕަ 2015 ވަނަ އަހަރު މި މައްސަލައާއި ގުޅި ގެން ކުއްޖާގެ ޢާއިލާ މީހުނގް ގާތަށް މާފަށް އެދުނު ކަމަށް ބުނެ ކުއްޖާގެ ޢާއިލާ މީހުން ހެކިބަސް ދީފައިވާއިރު، އެގޮތަށް މާފަށް ނޭދޭކަމަށް އިސްތިއުނާފުކުރާ ފަރާތުގެ މަންމަ އާއި ބައްޕަ ފުލުހަށް ދީފައިވާ ބަޔާނުގައި ސާފުކޮށްދީފައި އޮތުމުން، އިސްތިއުނާފުކުރާ ފަރާތުގެ މަންމަ އާއި ބައްޕަ ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ނުވުންކަމަށާއ އެއި އެމީހުންގެ ފަރާތުން ކުއްޖާގެ ޢާއިލާއިނ ދިން ހެކިބަހުގައި ދޮގު ހިމެނޭކަން ސާފުވެދާނެތީ އެކަމުން ނެއްޓެންވެގެން ދައުލަތުން ކޮށްފައިވާ ކަމެއްކަމަށާއި، އެހެންކަމުން މި މައްސަލައިގައި ޢަދުލު އިންސާފާއި ހަމަހަމަކަން ޤާއިމުކޮށްފައި ނުވާކަން.
9އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރ 515/Cr-C/2023 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށެވެ. އިސްތިއުނާފރައްދުވާ ފަރާތު ން ފާހަގަކުރާ ކަންކަނު ފުރަތަމަ ނުކުތާއާގުޅޭ
10އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމަކީ؛
1.10 މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާގެ ހެކިބަސް ނެގުމުގެ މަރުޙަލާ ކުރިއަށް ދިޔައިރު ކުއްޖާގެ ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާކަމާއި، ދަށުކޯޓުގައި މައްސަލަ ބެލި ޤާޟީ ނިންމީ ކުއްޖާ ކޯޓަށް ޙާޟިރުކޮށް ހެކިބަސް ނެގުމަށްކަން.
2.10 އެގޮތަށް ހެކިބަސް ނެގުމަށް އިސްތިއުނާފުކުރާ ފަރާތުން އިއުތިރާޟުކޮށްފައިނުވާކަމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް ހެކިބަސް ނެގުމަށްވެސް އެދިފައިނުވާކަން. ނަމަވެސް، ކުއްޖާގެ ޙާލަތަށް ރިޢާޔަތްކޮށް އާންމު ހެއްކެއްގެ ގޮތަށް ކުއްޖާގެ ހެކިބަސް ނެގުމަށް ދައުލަތުން އިއުތިރާޒުކޮށް ކޯޓަށް ހާޒިރުކޮށްގެން ކުއްޖާގެ ހެކިބަސް ނަގަން ޝަރީޢަތުން ނިންމާފައިވާތީ ދައުލަތުން އެދުނީ އިސްތިއުނާފުކުރާ ފަރާތާ އެއހާޒިރް ނުވާނެ ގޮތަށް ހެކިބަސް ނަގައިދިނުމަށާއި، ދިފާއުނ ކުރަން އެދޭ ސުވާލުތައް ޤާޟީ މެދުވެރި ކޮށް ކުރުމަށްކަމަށާއި، އެއީ ކުށުގެ ތުހުމަތުކުރެވޭ ފަރާތުން ސީދާ ކުއްޖާއާ ސުވާލުކުރާނަމަ އެކަމުގެ ސަބަބުން ކުއްޖާ ރީވިކްޓިމައިޒްވުމުގެ ފުރުސަތު އޮތުމުންނާއި، ކުއްޖާއަށް ހެކިބަސް އަދާކުރުމަށް ދަތިވާނެކަމަށްވެސް ޤަބޫލުކުރެވޭތީކަން.
3.10 ޤާޟީ މެދުވެރިކޮށް ކުއްޖާއަށް ސުވާލުކުރުމަށް ޕްރޮސިކިއުޝަނުން އެދުމުން، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ، ޑައިރެކްޓްކޮށ ކްރޮސް އެގްޒެމއަން ކުރުމުގެ ފުރުސަތު އޮތުމަށްކަމަށް ފާހަގަކޮށްފައިވާކަމާއި، ކުއްޖާ ހާޒިރުކޮށް ހެކިބަސް ނަގާއިރު، ޑައިރެކްޓްކޮށް ކުއްޖާ ކްރޮސް އެގްޒެމައިން ކުރުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވުމުން ކަށަވަރުވާކަމަކީ އެ މަރުޙަލާގައި އިސްތިއުނާފުކުރާ ފަރާތުން ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާގއަވގޮތަށް ކުއްޖާގެ ހެކިބަސް ނެގުމަށް ނޭދޭކަން.
4.10 ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓުން މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ބަޔާ ންކޮށްފައިވާކަމާއި، މިކަން އިތުރަށް ތަފްސީލްކޮށްދީފައިވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޝަރުމީލާ ޝަރީފް ޤަޟިއްޔާގައި ކަމާއި، އެ ޤަޟިއްޔާގެ 19 ވަނަ ނުކުތާގައި އިސްތިއުނާފީ މަރުޙަލާއަކީ މައްސަލައާއި ގުޅިގެން ކަންހިނގާފައިވާ ގޮތަކީ ކޮބައިކަމާއި، އެ ޙަޤީޤަތްތަކާގުޅޭ ހެކިތަކަކީ ކޮބައިކަމާއި، އެއިން ކޮންމެ ހެއްކަކަށް ދެވޭނެ ބުރަދަނަކީ ކޮބައިކަން ބަލައި މައްސަލައިގައި ގޮތެއް ކަނޑައަޅާ މަރުހަލާއާ ތަފާތު މަރުޙަލާއެއްކަމަށާއި، މި މަރުޙަލާގައި ބަލަނީ ދަށުކޯޓުގައި މައްސަލަ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށްކަން ނުވަތަ ނޫންކަމުގައިކަން. ދަށު ކޯޓުގައި ވަކިކަމެއް ވަކިގޮތަކަށް ނިންމާފައިވަނީ ޤާނޫނއާ އެއްގޮތަށްކަން ނުވަތަ ނޫންކަން ކަނޑއެޅަ ނ (އައު އެހެން ކަމެއް ނުހިމެނޭގޮތުން) އެ ދަށުކޯޓުގައި މައްސަލަ ބެލިއިރޭ ހުށހެޅަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2014/SC-A/19 ޤަޟިއްޔާ ހެކިތަކާއި، ދިފާޢުތަކުގެ އަލީގައިކަމަށްވާތީ އިސްތިއުނާފުގެ އަސާސަކީ ދަށުކޯޓުގައި ހުށަހެޅި ކަންކަން ކަމުގައިކަން.
5.10 މިބަހުސަކީ އަލަށް މި މަރުހަލާގައި ހުށަހަޅާ ބަހުސަކަށްވާތީ، މިއީ އިސްތިއުނާފީ އޮޅިގަނޑު ގރާކުރެވި ބަހުސެއް ނޫންކަމަށް ދައުލަތުން ދެކޭކަމާއި، ކުއްޖާގެ ހެކިބަސް ކޯޓަށް ހާޒިރުކޮށްގެން ނަގާފައިވަނީ ދިފާއުގެ ވެސް އިއުތިރާޒެއް ނެތީސްކަމުގައިވތާ، އެކަން އެގޮތަށް ކ ރުމުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތަށް ޤާނޫނުން ކަށަވަރުކޮށްދޭ އެއްވެސް ޙައްޤެއްވެސް ގެއްލިފައިނުވާކމާއި، އެކަން ބަޔާންކޮށް އިސްތިއުނާފުގައި އެއްވެސްކަމެއް ފާހަގަކޮށްފައި ނުވާ ކަން.
6.10 އިސްތިއުނާފުކުރާ ފަރާތުން ކުރި ޢަމަލަށް އޭނާ އިޢުތިރާފުވީ ކަމަށް ކުއްޖާގެ އާއިލާއިން ބުނި ބުނުމެއްގެ މައްޗަށް އެ އިޢުތިރާފު ދަށުކޯޓުގެ ފަނޑިޔާރު ބަލައިގަނެ އެއަށް ބުރަދަން ދީ ކުށް ސާބިތުކުރި ކަމަށް ފާހަގަކޮށްފައިވާއިރު، ކުއްޖާގެ ބަޔާނާއި، ކުއްޖާގެ ހެކިބަހުގައިހުރި ކަންކަން ވަޒަންކުރަމުން، އިސްތިއުނާފުކުރެވިފައިވާ ނިންމުމުގެ 22 ވަނަ ޕެރެގްރާފުގައި، ފަނޑިޔާރު ފާހަގަކޮށްފައިވާކަމާއި، އެ ޕެރެގްރާފުގައި ކުއްޖާގެ ބަހަށް ބާރުލިބޭ އެންމެ މުހިންމު ހެކިންނަކީ ކުއްޖާގެ ދެ ދައްތަކަމާއި، އެ މީހުނގް ބަހުން އިސްތިއުނާފުކުރާ ފަރާތް އެ ދުވަހު ގެއަށް އައުމުން އޭނާއާ ސުވާލުކުރިކަމާއި، އެކަން ކުރިކަމަށް އެއްބަސްވެ މަޢާފަށް އެދުނުކަމަށް ބުނެފައިވާކަމާއި ކުއްޖާގެ މަންމަގެ ކިބައިން ވެސް އިސްތިއުނާފުކުރާ ފަރާތް މަޢާފަށް އެދުނުކަމަށް ބުނެފައިވާކަމަށާއި، މި ހެކިންގެ ބަހުން ކުއްޖާ ކިޔައިދީފައިވާ ވާހަކަތަކަކީ، ތެދުކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވުނު ކަމުގައި ކަމަށެވެ. މި ނުކުތާއަކީ ކުއްޖާގެ ބަސް ބޭރުފުށުން އެއްގޮތްތޯ ބެއްލުމުގައި ފަނޑިޔާރަށް ފާހަގަކުރެވުނު ކަންކަމުގެ ތެރެއިން އެއް ނުކުތާކަމާއި މީގެ އިތުރުންވެސް އިތުރު ކަންކަން ފަނޑިޔާރު ފާހަގަކޮށް ހެކި ވަޒަންކޮށް ކުއްޖާގެ ބަހަކީ އާދަޔާ ޚިލާފަށް ތެދު ކަމަށް ފަނޑިޔާރަށް އިޤްތިނާއު ވެވުނުކަން ދަށުކޯޓުގެ ނިންމުމުން އެނގޭކަން.
11އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމަކީ؛
1.11 ކުއްޖާގެ އާއިލާގެ ފަރާތުން ކުއްޖާ ލައްވާ ދޮގު ޝަކުވާއެއް ހުށަހެޅިކަމަށާއި މި ވާހަކަތަކަކީ ކުއްޖާ އުފައްދައިގެން ދައްކާ ވާހަކަތަކެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނި ނަމަވެސް، ދަށުކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު، އެ ކަންކަން ސާބިތުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން އެއްވު ސ ހެއްކެއެ ހުށަހަޅާފައިނުވާކަން ދަށުކޯޓުގެ ނިންމމުގު 21 ވަނަ ޕެރެގްރާފުގައި ފަނޑިޔާރު ފާހަގަކޮށްފައިވާކަން. އަދި އެފަދަ ވާހަކައެއް އުފައްދައިގެން ކުއްޖާ ދައްކަން ޖެހޭފަދަ އެކަށީގެންވާ ސަބަބެއް ހެއްކާއެކު ދަށުކޯޓުގައި އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްދީ ހުށަހަޅާފައިނުވާކަންވެސް ދަށުކޯޓުގެ ނިންމުމުގައި ފާހަގަކޮ ށްފައިވާކަމާއި، ދަށުކޯޓުގެ ނިންމުމުގައި ތަފްސީލުކޮށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ކަންކަން ފަނޑިޔާރު ވަޒަންކޮށް ބަޔާންކޮށްދީފައިވާއިރު، އެކަންކަން ހުރީ ފަނޑިޔާރު ފާހަގަކުރި ގޮތް ނޫން އެހެން ގޮތަކަށްކަން ހެއްކާއި، މަތީ މަރުޙަލާގެ ނިންމުންތަކާ ހަވާލާދީ އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި ބަޔާންކޮށްފައިނުވާކަން.
2.11 ހެކިބަހުގައި ހުރި ތަފާތުތަކާއި އަދި ކުއްޖާ ޝަކުވާ ހުށަހެޅުމުގައި ލަސްވިތޯ މި ކަންކަމަށްވެސް ދަށުކޯޓުގެ ނިންމުމުގައި ތަފްސީލީ ގޮތެއްގައި ފަނޑިޔާރު ރިޢާޔަތްކޮށްފައިވާކަން އެނގޭކަމާއި ދަށުކޯޓުގެ ނިންމުމުގެ 18 ވަނަ ޕެރެގްރާފުން ފެށިގެން ފާހަގަކޮށްފައިވާ ތަފްސީލުތަކުން މިކަން އެނގޭ ކަމާއި މީގެ އިތުރުން ދަށުކޯޓުގެ ނިންމުމުގެ 24 ވަނަ ޕެރެގްރާފުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/42 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުލްމުޙައިމިން އާދަމް) ޤަޟިއްޔާއް ހަވާލާދީ ކުއްޖާ މި ވާހަކަތައް ހިއްސާނުކޮށް ގިނަދުވަސް ވުމަކީ، އެކަށީގެންވާކަމެއްކަމަށާއި، ކުއްޖާއަށް ލިބިފައިވާ ނަފްސާނީ އަނިޔާގެ ސަބަބުންނާއި އާއިލާގެ ތެރޭގައި އޮންނަ ގާތްކމުގެ ސަބަބުން އެވާހަކަތައް ދައްކަނަ އުނދަގޫވެދާނެކަމަށާއި، ކުއްޖާގެ ވާހަކަތަކުގައި ހުރި ތަފްސީލުތަކާއި އެހެން ފަރާތްތަކަށް ކިޔައިދީފައިވާ ތަފްސީލުތައް އެއްގޮތްވެފައި އެހެން ހެކިތަކުން ކުއްޖާގެ ވާހަކަ ކޮރޮބޮރޭޓް ކުރެވުމުން ކުއްޖާ ދައްކާފައިވާ ވާހަކަތަކަކީ ތެދުކަމަށް ޤަބޫލުކުރެވޭނެކަމަށާއި، އެ ހާދިސާ ހިގިފަހުނ ދުވަސްތަކެއް ނުވަތް އަހަރުތަކެއް ފާއިތުވާފަހުން ކުއްޖާ އެ ވާހަކަތައް ކިޔައިދިންނަމަވެސް، މިކަންކަން ފުރިހަމަވާނަމަ އެ ވާހަކަތަކަކީ ތެދުކަމަށް ޤަބޫލުކުރެވޭނެކަން.
12އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާއަކީ؛
1.12 ތިންވަނަ އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަކީ ދިފާޢުގައި އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓުގައި ސާބިތުކޮށްދޭންޖެހޭ ކަންކަން ކަމަށާއި، އެގޮތުން، އިސްތިއުނާފުކުރާ ފަރާތުގެ ޢާއިލާގެ މީހުންގެ ބަޔާންތައްވެސ ނަގާފައިވާކަން އެނގޭކަމާއި، އިސްތިއުނާފުކުރާ ފަރާތގު މައިންބަފައިންގެ ބަޔާންތައް ތަހުޤީޤަށް ހޯދައި އެކަންކަން ބަލާފައިވާކަން އެނގޭކަމާއި، މީގެ އިތުރުން ސައިކޮލޮޖިކަލް އެސެސްމަންޓާއި އިޖުތިމާއީ ހާލަތު އަންގައިދޭ ރިޕޯޓުވެސް ހުށަހަޅާފައިވކާ މާއި، ކުއްޖާގެ އާއިލާގެ ފަރާތްތަކުގެ ބަޔާންތައް މި މައްސަލައިގައި ނަގާފައިވަނީ މި ބާވަތުގެ މައްސަލަތަކުގައި ޝަރީޢަތަށް ބަލައިގަންނަ ހެކީގެ ތެރޭގައި ކުއްޖާ އެކި ފަރާތްތަކަށް ކިޔައިދޭ ކިޔައިދިނުންވެސް ހެކީގެ ގޮތުގައި ބަލައިގަންނާތީކަމާއ އެއި ވަކިފަރާތަކަށްޖެހި ހިންގާފައިވާ ތަހުޤީޤެއް ކަމަށްބުނެވޭނެ ސަބަބެއް ކަމުގައި ދައުލަތުން ނުދެކޭކަން.
2.12 ދައުލަތުން ވަކި ހެއްކެއް ފޮރުވާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނި ނަމަވެސް، ކޯޓަށް އެ ލިޔުންތައް ހުށާހަޅާފައިވާނެ ކަމަށާއި، އެ ފަރާތްތއަ ހެކީގެ ގޮތުގައި ދައުލަތުން ބޭނުންކޮށްފައި ނުވަނީ ދައުލަތަށް ލިބިދީފައިވާ އިޚްތިޔާރުގެ ތެރެއިން ކަމަށާއި، ދިފާއަށް އެ ހެކި ހުށހަޅައަ ވަކި ކަމެއް ޝަރީޢަތުގައި ސާބިތުކުރުމުގެ ފުރުޞަތު ދަށުކޯޓުގައި ލިބިފައިވާއިރު އެކަން އެ މަރުހަލާގއަ ނުކޮށް ދޫކޮށްލާފައިވާކަން.
3.12 ތިންވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަކީ ދަށުކޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ނުވާތީ، އިސްތިއުނާފީ މައްސަލައިގެ ތެރެއިން އެ ބަހުސް ހުށަހެޅުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޝަރުމީލާ ޝަރީފް ޤަޟިއްޔާއާ ޚިލާފުކަމެއް ކަމަށާއި، އެހެންކަމުން، އެކަމަކީ މި މަރުހަލާގއ ހައިކޯޓަށި ގޮތަ ކަނޑައެޅޭނެ ކަމެއް ނޫންކަމަށް ދައުލަތުން ދެކޭކަން.
13ދައުލަތުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު C/2023-Cr515/ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން ކުއްޖާގެ ހެކިބަސް
14އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައިވަނީ ކުއްޖާގެ ހެކިބަސް ޝަރީޢަތުގެ މަޖިލީހުގައި ނަގާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާއާ ޚިލާފަށް ކަމަށްވާތީ، އެ ހެކި ބަހަށް ރިޢާޔަތްކޮށްފައިވަނީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ޤާނޫނާ ޚިލާފަށް ހޯދި ހެއްކާ އިއުތިރާފު ޝަރީޢަތަށް ބަލައިގަނެގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ކަމަށެވެ.
15ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛ "މި ޤާނޫނުގެ ބޭނުމަށްޓަކައި، ކުޑަކުއްޖެއްގެ ހެކިބަސް ހޯދާކަމަށްވާނަމަ، އެކުއްޖެއްގެ ހެކިބަސް ހޯދަންވާނީ ކޯޓުން ބޭރުގައި، ޝަރީޢަތުގެ މަޖިލީހުން ބޭރުގައި، ފުލުސް އޮފީހުން ބޭރުގައި، އެކުއްޖާއަށް ފަރިތަ މާޙައުލެއްގައި، އެކުއްޖާ ދެކެފަރިތަ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2014/SC-A/19 ޤަޟިއްޔާ އެކުއްޖާއަށް އިތުބާރުކުރެވޭ ބައެއްގެ ހާޒިރުގައި، އިންޓަވިއުކޮށްގެން، އެއިންޓަވިއު ވީޑިއޯ ރެކޯޑްކޮށްގެން، ނުވަތަ އެކުއްޖަކީ ޚާއްޞައެހީއަށް ބޭނުންވާ ކުއްޖެއްނަމަ، އެކުއްޖަކު ބުނާ އެއްޗެއް ތަރުޖަމާކޮށްދެވޭނެ ކަމުގެ ޤާބިލްކަންހުރި މީހެއްގެ ހާޒިރުގައި، އެކުއްޖާ ދެކެފަރިތަ، އެކުއްޖާއަށް އިތުބާރުކުރެވޭ ބައެއްގެ ހާޒިރުގައި އިންޓަވިއުކޮށްގެން، އެއިންޓަވިއު ވީޑިއޯ ރެކޯޑްކޮށްގެންނެވެ ." މިފަދައިންނެވެ.
16ހެކިވެރިއެއްގެ ގޮތުގައި ކުއްޖާގެ ނަން ދައުލަތުން ޝަރީޢަތަށް ހުށަހަޅާފައިވީނަމަވެސް، ދައުލަތުން، ކުއްޖާގެ ހެކިބަސް ނެގުމާމެދު ގޮތެއް ނިންމުމަށްފަހު ކޯޓަށް އަންގާނެ ކަމަށް ދައުލަތުން ފާހަގަކުރުމުން، ދަށުކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވަނީ، އަށާރަ އަހަރު ފުރިފައިވާ ފަރާތެއްނަމަ އެ ފަރާތެއް ޝަރީޢަތަށް ހާޒިރުވެ ހެކިބަސްދޭންޖެހޭނެ ކަމަށާއި، އެއީ ދަޢުވާލިބޭ ފަރާތަށް ޤާނޫނުއަސާސީން ލިބިގެންވާ އަސާސީ ޙައްޤެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެއް ކަމަށްވާތީ، އަނިޔާ ލިބުނު ކުއްޖާ ޝަރީއަތަށް ހާޒިރުވެ ހެކިބަސް ދޭންޖެހޭނެ ކަމަށެވެ. އަނިޔާ ލިބުނުކަމަށް ބުނާ ކުއްޖާގެ ހެކިބަސް ނެގުމަށާ 26 އޯގަސްޓް 2024 ގައި ޝަރީޢތަށަ ކުއްޖާ ހާޒިރުކޮށްފައިވެއެވެ. އެގޮތުން، ކުއްޖާގެ ހެކިބަސް ނެގުމުގެ ކުރިން، ކުއްޖާގެ ހެކިބަސް ނެގުމުގައި ޚާއްސަ އިންތިޒާމްތަކެއ ހަމަޖައްސައިދިނުމަށް ދައުލަތުން އެދިފައިވެއެވެ. އެގޮތުން، ދިފާޢުން ކުއްޖާއާ ސުވާލުކުރުމުގެ ބަދަލުގައި، ދިފޢާންކުރާ ސުވާލުތައް ޤާޒީ މެދުވެރިކޮށް ކުއްޖާއާ ކޮށްދިނުމަށާއި، ކުއްޖާ އެހެން މަޖިލީހެއްގައި ބައިންދައިގެން، ވީޑިއޯ ކޮންފަރެންސްކޮށ ހެކިބަސް ނެގުމަށް ދައުލަތުން އެދިފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން އެ މަޖިލީހުގައި ފާހަގަކޮށްފައިވަނީ، ޑައިރެކްޓްކޮށް ކްރޮސް އެގްޒެމައިން ކުރުމުގެ ފުރުސަތު ބޭނުންވާ ކަމަށެވެ. ނަމަވެސް، ޝަރީޢަތުގެ މަޖިލީހަށް ކުއްޖާ ގެނެސް ހެކިބަސް ނެގުމާމެދު، އިއުތިރާޒު ކޮށްފައިވާކަން ފާހަގައެއް ނުކުރެވެއެވެ.
17ޕްރިސިޑެންސް 1ދައުލަތުން ފާހަގަކޮށްފައިވާ ފަދައިން، ހައިކޯޓުން މައްސަލަ ބަލަންވާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމަށް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ 18 ސެޕްޓެންބަރު 2024 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގެ މަހްޟަރު ބަޔާން ޤާނޫނު) ގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ޤާނޫނީ ނިޒާމު މިފަދައިން ފަރުމާކޮށްފައިވަނީ، އިސްތިއުނާފީ މަރުޙަލާއަކީ މައްސަލައާ ގުޅިގެން ކަންހިނގާފައިވާ ގޮތަކީ ކޮބައިކަމާއި، އެ ޙަޤީޤަތްތަކާ ގުޅޭ ހެކިތަކަކީ ކޮބައިކަމާއި، އެއިން ކޮންމެ ހެއްކަކަށް ދެވޭނެ ބުރަދަނަކީ ކޮބައިކަން ބަލައި މައްސަލައިގައި ގޮތެއް ކަނޑައަޅާ މަރުހަލާ އާއި ތަފާތު މަރުހަލާއެއް ކަމުގައިވާތީކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޝަރުމީލާ ޝަރީފް ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.
18އިސްތިއުނާފުކުރާ ފަރާތުގެ ބަހުންވެސް، ކުއްޖާގެ ހެކިބަސް ޝަރީޢަތުގެ މަޖިލީހުގައި ނެގުމަށް ދަށުކޯޓުގައި އިއުތިރާޒުކޮށްފައިނުވާކަން އެނގޭއިރު، މިއީ މި މަރުޙަލާގައި ބަލައިގަނެ ގޮތް ކަނޑައަޅަންޖެހޭ ނުކުތާއެއް ކަމަށް އަހުރެން ނުދެކެމެވެ. ކުށްސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ހެކީގެ ނިސްބަތް ފުރިހަމަ ނުވަނީސް ކަމަށް ބުނާ ބުނުން
19މި ނުކުތާގައިވެސް، އިސްތިއުނާފުކުރާ ފަރާތުން، އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައިވާ، ޝަރީޢަތަށް ކުއްޖާ ހާޒިރުކޮށް ނަގާފައިވާ ހެކިބަހަކީ ޤާނޫނާ ޚިލާފަށް ނަގާފައިވާ ހެކިބަހެއް ކަމަށް ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، އެ ނުކުތާއަކީ، މިކޯޓަށް މި މަރުޙަލާގައި ބަލައިގަނެ ގޮތް ކަނޑައެޅޭނެ ނުކުތާއެއް ކަމަށް އަހުރެންނަށް ނުފެންނަ ސަބަބު އިސްވެ ބަޔާންކުރެވިއްޖެއެވެ.
20މި ނުކުތާގައި މައިގަނޑު ގޮތެއްގައި އިސްތިއުނާފުކުރާ ފަރާތުން ދެން ފާހަގަކޮށްފައިވަނީ، މި މައްސަލައަކީ، ކުއްޖާއަށް އޭނާގެ އާއިލާގެ ފަރާތުން ނުފޫޒު ފޯރުވައިގެން ކުއްޖާ ލައްވާ ހަދައިގެން ދައްކާފައިވާ ވާހަކައެއް ކަމަށެވެ. މި ބަހުސަކީ، ދަށު ކޯޓުގައި ވެސް އިސްތިއުނާފުކުރާ ފަރާތުން އުފައްދާފައިވާ ބަހުސެއްކަން އަހުރެންނަށް ފާހަގަކރު ވެއެވެ. މިކަމަށް ދަށެ ކޯޓުގު ފަނޑިޔާރުގެ ނިންމުމުގައި އަލި އަޅުވާލާފައިވެސް ވެއެވެ. އެގޮތުން ދަށު ކޯޓުގެ ނިންމުމުގެ 21 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، ކުއްޖާގެ ދައްތަ ކުރިން ކައިވެނިކޮށްގެން އުޅުނީ އިސްތިއުނާފުކުރާ ފަރާތާ ކަމަށާއި، އިސްތިއުނާފުކުރާ ފަރާތް އެހެން މީހަކާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/19 ޤަޟިއްޔާ ކައިވެނިކޮށްގެން އުޅޭތީ އެކަމާމެދު ހިތްހަމަ ނުޖެހޭތީ، ކުއްޖާގެ އާއިލާއިން ހަދައިގެން ދައްކާ ވާހަކައެއްގެ ގޮތުގައި މި ހާދިސާ އިސްތިއުނާފު ކުރާ ފަރާތުން ސިފަކޮށްފައިވާކަމާއި، މިފަދައިން ފާހަގަކުރުން ފިޔަވައި މި ދިފާއު ސާބިތުކުރުމަށް އެކަމާ ގުޅޭ އެއްވެސް ހެއްކެއް އޭނާގެ ފަރާތުން ހުށަހަޅާފައިނުވާކަމަށެވެ. އަދި، ސަބަބުވެރި އިންސާނެއްގެ ނަޒަރުން ބަލާއިރު، މިއީ ޤަބޫލުކުރެވޭފަދަ ވާހަކައެއް ކަމަށްވެސް ނުދެކޭކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ކުއްޖާގެ ދައްތަ އިސްތިއުނާފުކުރާ ފަރާތާމެދު އޮތް ރުޅިވެރިކަމެއްގެ ސަބަބުން އޭނާގެ އެއްބަނޑު އެއްބަފާ އެންމެ ކުޑަ ކޮއްކޮ ބޭނުންކޮށްގެން އެ ކުޑަކުއްޖާއާމެދުއިސްތިއުނާފުކުރާ ފަރާތުން ޖިންސީ ޢަމަލުތަކެއް ހިންގިކަމަށް ކުއްޖާ ލައްވާ ބުނުވާ އެކަމުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތުގެ ދިރިއުޅުން ހަލާކުކޮށްލެވޭނ ކަމަށެ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއަށް ވިސްނައިދީ މިކަން ރާވައި އެމަގުން އިންތިޒާމުކޮށްގެނ ކޮށްފާނެކަމަށް ގަބޫލުނުކުރެވޭކަމަށް ދަށުކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުންވެސް އެ ނުކުތާގައި ދަށުކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަން އެ މަގުން ހަގީގަތުގައިވެސް ހިނގާފައިވާނަމަ، އެކަމަށް ބާރުލިބިދޭ ހަރުދަނާ ހެކިވެސް ހުންނާނެ ކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތަށް ހުށަހެޅުމުގެ ފުރުސަތު އޮތް ހެކީގެ މިސާލުތައްވެސް ދަށުކޯޓުގެ ފަނޑިޔާރު ހިމަނާފައިވެއެވެ.
21ޕްރިސިޑެންސް 2ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކީގެ އުސޫލަކީ ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން މައްސަލަ ސާބިތުވޭތޯ ނޫންތޯ ވަޒަންކުރުންކަމާއި، އެ ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް އެއީ ތެދު ކަމަށް ޤަބޫލުކުރެވޭ ހެކިތަކަކަށް ވާނަމަ، ހަމައެކަނި ކުއްޖާ ކިޔައިދޭ ބަހުގެ މައްޗަށް ބިނާކޮށްގެން ކުޑަކުދިންނާމެދު ހިންގާ ޖިނާއީ ކުށްތައް ސާބިތުކުރެވިދާނެ ކަމާއި، އެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 12 (ބާރަ) ބާވަތުގެ ހެކި ވަކިވަކިން ލިސްޓްކޮށްފައިވަނީ، އަނިޔާ ލިބުނު ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދުކަން ޤަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމުގެ ގޮތުން ފަނޑިޔާރުންނަށް ބޭނުންކުރެވިދާނެ ވަސީލަތެއްގެ ގޮތުގައި ކަމާއި، އަދި ކުއްޖާގެ ހެކިބަސް ކޮރޮބޮރޭޓް ކުރުމުގެ ވަސީލަތެއްގެ ގޮތުގައިކަމާއި، އެ މާއްދާއިން ޤާއިމުކޮށްފައިވާ ހެކިބަހުގެ އުސޫލަށް ބަލައިގެން، އެ މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ އެހީގައި ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުން ކޮރޮބޮރޭޓްވާނަމަ، ކޯޓުތަކުން މައްސަލަ ސާބިތުވާކަމަށް ޙުކުމް ކުރުމަށް އެ ޤާނޫނު ހުއްދަކުރާ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
22ޕްރިސިޑެންސް 3ކުއްޖާ ހަދައިގެން ދައްކާ ވާހަކައެއްކަމަށް ބުނާނަމަ، އެކަން ސާބިތުކޮށްދިނުމުގެ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ހެކި ހުށަހަޅަންޖެހޭނެކަމަށް އަހުރެން ދެކެމެވެ. އެހެންނަމަވެސް، ދަށުކޯޓުގައިވެސް އިސްތިއުނާފުކުރާ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މައްސަލަ ހުށަހެޅުމުގައި ގިނަ ދުވަސް ވެފައިވުމާއި، ތާރީޚުތަކުގައި ހުރި ފުށުއެރުންތަކެއް ކަމަށް ބުނެ ފާހަގަކޮށްފައިވާ ބައެއް ކަންކަމާއި، މައްސަލަ ހުށަހެޅީ ކުއްޖާތޯ ނުވަތަ ކުއްޖާގެ ދައްތައެއްތޯ ކަމާމެދު އުފެދޭ ސުވާލާ، ކުއްޖާއަކީ ވާހަކަ ލިޔާ ކުއްޖެއްކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންކަމަކީ، ދަށުކޯޓުގެ ފަނޑިޔާރު ހެކިވަޒަންކުރުމުގައި ހަދާފައިވާ ގޯހެއް ދޭހަވާފަދަ ކަމެއް ކަމަށް އަހުރެން ނުދެކެމެވެ.
23ޕްރިސިޑެންސް 4އިސްތިއުނާފުކުރާ ފަރާތް ފްރޭމްކުރުމަށް ކުއްޖާ ދައްކާފައިވާ ވާހަކަތަކުގައި ކުއްޖާ ބުނާ ތާރީޚުތަކާއި ޓައިމްލައިންތައް ދިމާނުވާކަން އެނގޭނެ ޑޮކިއުމަންޓްތައް ތަހުޤީގަށް ހޯދޭނެ ހުއްޓާ އެލިޔުންތައް ހޯދުމަކާ ނުލައި ކުއްޖާގެ އާއިލާ މީހުންގެ ބަޔާންތައް ނަގައި އެބަޔާންތަކުން އިސްތިއުނާފުކުރާ ފަރާތް ފްރޭމްކުރުމަށް ކޮށްފައިވާކަންކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ. އެގޮތުން، ކުއްޖާ ހާދިސާ ކިޔައިދިނުމުގައި ފާހަގަކޮށްފައިވާ ބައެއް ކަންތައްތައް ހިނގި ތާރީޚުތައް އެނގޭނެ ޑޮކިއުމަންޓްތައް ދައުލަތުން ހުށަހަޅާފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ. ނަމަވެސް، ކުއްޖާ ކިޔައިދޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 9201/SC-A/77 ޤަޟިއްޔާ ކިޔައިދިނުމުގައި ފާހަގަކޮށްފައިވާ ތާރީޚުތަކާއި ޓައިމްލައިނ ދިމާނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާނަމަ، އެކަން ސާބިތުކޮށްދިނުމުގެ ގޮތުން ލިޔުން ހުށަހަޅާ ހެކި ހުށަހެޅުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ.
24ޕްރިސިޑެންސް 5މި ނުކުތާގައި ދެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވނަ އިސްތިއުނާފުކުރާ ފަރާތުގެ މައިންބަފައިން ހެކިންގެގޮތުގައި ހުށަހަޅާފައިނުވާތީ އެކަމެވެ. ދައުލަތުން ފާހަގަކޮށްފައިވާ ފަދައިން، ހެކިންގެ ގޮތުގައި ދައުލަތުން ހުށަހަޅަން ބޭނުންވާ ފަރާތްތަކަކީ ކޮބައިކަން ނިންމާނީ ދައުލަތުންނެވެ. އިސްތިއުނާފުކުރާ ފަރާތުގެ މައިންބަފައިން ހެކިންގެ ގޮތުގައި ހުށަހަޅަން ބޭނުންނަމަ، އެ ފުރުސަތު އިސްތިއުނާފުކުރާ ފަރާތަށް ދަށުކޯޓުގައި ލިބި އެ ފުރުސަތުގެ ބޭނުން ހިފާފައިނުވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މި އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަކީ މި މަރުޙަލާގައި ބަލައިގަނެ ގޮތް ކަނޑައަޅަންޖެހޭ ކަންކަން ކަމަށް އަހުރެން ނުދެކެމެވެ.
25ކްރިމިނަލް ކޯޓުގެ ނަންބަރު 515/Cr-C/2023 ޤަޟިއްޔާގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅަން އަހުރެންނަށް ފެނެއެވެ.
26އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރއަ ޔަށް ތާއީދުކުރަމެވެ.
27އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ. ox:,:, I> ✓ ,. 2025/HC-A/237 .,,.SJ".?J" .;o4_,r,,.,:W 23 ., ,,, 0 / X C. 0 / 0 / ~ 0 .r.s<>.SA .r-v.r-v J'__,A ,,, C.t.t.O~ C. ox:, ~ 0,,,,,.:,:, .S (?A.,,., ✓ J'.,,S ' .rV.,,SA.1° .r.?V./. 515/C r- C/2023 ,,. ,,. ~ C:. C. ox O :, :, 0 :, * 0 C.:, ,,,,. C. 0:, ~ ,,,,,. •J'.?.,l.,rv.;,v ✓, r.J.,1.l°AA .s .,,,_;,- e ,;, .s.,.,-"/1 t.,.,.,, ~ / .,,, ~,,,,, .,,,,, :, o:,:, ,,.,,. -#-o , -' V ,?V.;( -"?"' .,,_,,~ .S .;;, # _, _, _, .,,S,.,,,,o.,,,,:, .? A./..?~ .,,.,;,~ /1 t..r':,J.,,,, !VD-<'.,I ~ _,,.,__,0., ./.,,. .,,S:, ~,?,,,,,,. ./4'0 A __,.,,, ./.:,- .,,.,:,~ /1 t. ./4'.,I.,,, ,,, ~ ~ .,,,,, ,,,,,. 0 :, , , , ,1,- oC',.., """* , , ..,,... .sr-:: (!-' - A 'ev,: ✓ J (!A.;-'-:.?-,; www .h ighcourt.gov. mv :e-:; ;:...,:; info@ highcourt.go v. mv -.,;-::,;-; ('
- ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 2009/12 ގެ 47 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2009/12 ގެ 48 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ 2014/SC-A/19 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޝަރުމީލާ ޝަރީފް)
- ސުޕްރީމް ކޯޓުގެ 2019/SC-A/77 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މުޙައްމަދު ޝާހު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އަޙްމަދު ނައުޝާދު، ފާޠިމަތު މީޝާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ބެންޗު
- ޙަސަން ޝަފީޢު، ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް