ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-S-A/25
ޙަސަން އަމީން ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2021/HC-S-A/25
Hassan Ameen v. Prosecutor General 2021/HC-S-A/25 (2021/HC-S-A/25, High Court of the Maldives, 23 December 2021)
ޙަސަން އަމީން ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުއްޖާގެ ބަހާއި އެހެން ހެކިތަކުން ކުށް ސާބިތުކޮށް، 12/2009 ގެ 3 (ނ) ގެ ދަށުން 10 އަހަރުގެ ޖަލު ޙުކުމް ކުރިއެވެ.
ތުހުމަތުކުރެވޭ ފަރާތް، 14 އަހަރުގެ ކުއްޖަކާއި އޭނާގެ ގޭގެ ކޮޓަރިއެއްގައި ޖިންސީ ޢަމަލު ހިންގި ކަމުގެ ދަޢުވާ ކުރެވުނެވެ؛ ކުއްޖާގެ ބައްޕަ ފުލުހުންނާއެކު ގެއަށް އައިސް، ތުހުމަތުކުރެވޭ ފަރާތް ބަދިގޭގައި ފޮރުވިފައި ހުއްޓާ ހައްޔަރުކުރިއެވެ. ތުހުމަތުކުރެވޭ ފަރާތް ދަޢުވާއަށް އިންކާރުކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ 5 ބާވަތުގެ ހެކި ނެތް ކަމަށާއި، ޑޮކްޓަރު ޙާޟިރުނުކޮށް ރިޕޯޓު ބަލައިގަތީ 2011/SC-A/31 އާ ޚިލާފަށް ކަމަށާއި، ފުލުހަކު ގާތު ވި ބުނުމަކީ ޤާނޫނުއަސާސީގެ 52 ގެ ދަށުން ހެއްކެއް ނޫން ކަމަށާއި، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށެވެ. ދައުލަތުން ބުނީ ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ކަމަށެވެ.
މައިގަނޑު ސުވާލު
ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގައި، ކުއްޖާގެ ހެކިބަސް ޝަރީޢަތުން ނުނަގައި، ޤާނޫނު ނަންބަރު 12/2009 ގެ 47 ވަނަ މާއްދާގެ 5 ބާވަތުގެ ހެކި ނެތި، ޑޮކްޓަރު ޙާޟިރުނުކޮށް މެޑިކޯ ލީގަލް ރިޕޯޓަށް ބުރަވެ، އަދި ފުލުސް އޮފިސަރަކާ ކުރި ބުނުމަކަށް ބަލައިގެން ކުށް ސާބިތުކުރުން، އެކަށީގެންވާ ޝައްކެއް ނެތް މިންވަރާއި ޤާނޫނުއަސާސީއާ އެއްގޮތްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (10 އަހަރުގެ ޖަލު ޙުކުމް)
ކުއްޖާގެ ތަޙުޤީޤު ބަޔާނާއި ވީޑިއޯ އިންޓަވިއު އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވެ، ސޯޝަލް ސަރވިސް ރިޕޯޓާއި، ފުލުސް ހެކިބަހާއި، މެޑިކޯ ލީގަލް ރިޕޯޓުން ކޮރޮބޮރޭޓްވާތީ، ފުލުހަކަށް ކުރި ބުނުން ޤަރީނާއެއްގެ ގޮތުގައި ބަލައިގެން، ކުށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެއެވެ. ޙުކުމަކީ ޤާނޫނީ ހަދުތަކުގެ ތެރޭގައިވާ ޙުކުމެކެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނު ނަންބަރު 12/2009 ގެ 47 ވަނަ މާއްދާގެ ހެކީގެ އުޞޫލަކީ ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން ކުށް ސާބިތުވޭތޯ ވަޒަންކުރުމެވެ. އެ މާއްދާގައިވާ 12 ބާވަތުގެ ހެކިތަކަކީ ކުއްޖާގެ ހެކިބަސް ތެދުތޯ ކަށަވަރުކުރުމާއި ކޮރޮބޮރޭޓްކުރުމުގެ ވަސީލަތްތަކެވެ؛ ކުއްޖާގެ ހެކިބަސް ތެދުކަމަށް ޤަބޫލުކުރެވޭނަމަ ހަމައެކަނި އެ ބަހުން ވެސް ކުށް ސާބިތުކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24)
- 47 ވަނަ މާއްދާގައިވާ 5 ބާވަތަށްވުރެ މަދު ހެކި ލިބިފައި ހުރި ނަމަވެސް، ޤާނޫނުއަސާސީގެ 51 (އ) ގެ މިންގަނޑުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާނަމަ ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށް ހުރަހެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27)
- ކުޑަކުއްޖާގެ ހެކިބަސް އެތެރެފުށުން އެއްގޮތް ކަމަށް ބެލެވޭނީ ތެދުބަހުން ކިޔައިދޭ މީހަކު ކިޔައިދޭނެ ފަދަ ތަފްޞީލު ހިމެނި، އެކި ފަހަރު ކިޔައިދިނުމުގައި ޖައުހަރީ ފުށުއެރުން ނެތްނަމައެވެ. ބޭރުފުށުން އެއްގޮތްތޯ ބަލަނީ އެހެން ހެކިންގެ ބަހާއި ސައިންޓިފިކް/ޑޮކްޓަރީ ނަތީޖާއާ ދިމާވޭތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25-26)
- މިބާވަތުގެ މައްސަލަތަކުގައި ޢާންމު އުޞޫލެއްގެ ގޮތުން ކުއްޖާގެ ހެކިބަހަކަށް ބަލަނީ ތަޙުޤީޤުގައި ދޭ ބަޔާނާއި އިންޓަވިއު ވީޑިއޯ ރެކޯޑިންގއަށެވެ. ހާދިސާއާ ގާތްކޮށް ދޭ ބަޔާނަކީ ޙަޤީޤަތާ އެއްގޮތް ބަޔާނެއް ކަމަށް ބެލެވޭއިރު، ގިނަ އަހަރު ފަހުން ކުއްޖާގެ ހެކިބަސް އަލުން ނެގުމަކީ ތަޢާރުޟުވާ ހެކިބަހަކުން ޢަދުލުއިންޞާފަށް ހުރަސްއެޅިދާނެ ކަމަކަށް ވާތީ، އަލުން ނެގުމުގެ ބޭނުމެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- މެޑިކޯ ލީގަލް ރިޕޯޓު ދޫކުރުމުގެ ބާރުލިބިފައިވާ ފަރާތަކުން ތައްޔާރުކޮށް، ޞައްޙަކަމާ ސުވާލު ނުއުފައްދާނަމަ، ތައްޔާރުކުރި ޑޮކްޓަރު ޝަރީޢަތަށް ޙާޟިރުނުކޮށް ވެސް ރިޕޯޓު ބަލައިގަނެވިދާނެއެވެ. ހަބީރެއްގެ ރައުޔު މައިގަނޑު އަސާސަކަށް ހެދި ހެކިބަހުން އެކަން ނޭނގޭ ހާލަތުގައި ބަލަންޖެހޭ ޙާޟިރުކުރުމުގެ ޝަރުޠު (2011/SC-A/31) މިފަދަ ރިޕޯޓަކަށް ތަޠުބީޤު ނުކުރެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-21)
- ޝަރީޢަތުން ބޭރުގައި ފުލުސް އޮފިސަރެއްގެ ކުރިމަތީގައި ވެވޭ އިޢުތިރާފަކަށް ބުރަދަން ދެވޭނީ ހަރުދަނާ ޤަރީނާއެއްގެ ދަރަޖައިގައެވެ؛ ކުށް ސާބިތުވާނީ އެ އިޢުތިރާފު ކަށަވަރުކޮށްދޭ އިތުރު ހެކި ހުރިނަމައެވެ. ޤާނޫނުއަސާސީގެ 48 ގެ ޙައްޤުތައް އަންގާފައި ނުވާނަމަ ހޯދާ ހެއްކަކީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ހޯދާ ހެއްކެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-19)
- ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ އަދަބަކީ 12/2009 ގެ 3 (ނ) ގެ ދަށުން 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ޙުކުމެވެ؛ 10 އަހަރުގެ ޙުކުމަކީ ޤާނޫނާ ޚިލާފު ޙުކުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30)
1މިއީ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2016/S2C438/ ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފކުރުމަށު ސ.ހިތަދޫ/ ހުރާ، ޙަސަން އަމީނގް ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް (ދެކުނު ގޮފި) ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާ އެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ދައުލަތް) އެވެ. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ޙަސަން އަމީން ގެ މައްޗަށް ކުރި ދަޢުވާ:
2ސ.ހިތަދޫ/ ހުރާ، ޙަސަން އަމީން، 08 އޯގަސްޓް 2015 ދުވަހު 22:00 އެހައިކަށްހައިއިރު، (ރަށާއި ގޭގެ ނަން އުނިކުރެވިފައި) ގޭގެ ކޮޓަރިއެއްގައި، އެގޭ (ކުއްޖާގެ ނަން އުނިކުރެވިފައި) (14 އަހަރު) އާމެދު ޖިންސީ ޢަމަލު ހިންގާފައިވާތީ ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރް މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށނު ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ، ޙަސަން އަމީންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޮށްފައިވެއެވެ.
3އެ މައްސަލަ ބަލާފައިވަނީ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2016438/S2C/ ޤަޟިއްޔާ ގައެވެ. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމިގޮތް:
4އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އެ މައްސަލަ ބަލައި ނިންމާފައިވަނީ، "ދެންފަހެ، އިސްވެދިޔަ ފާހަގަ ކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމަށްފަހު، 08 އޯގަސްޓް 2015 ދުވހަ 22:00 ހާއިރު، (ގޭގެ ނަން) ގޭގެ ކޮޓަރިއެއްގައި، އެގޭ (ކުއްޖާގެ ނަން) (14 އަހަރު) އާ މެދު ޖިންސީ ޢަމަލު ހިންގާފައިވާކަން ކުއްޖާގެ ބަހުންނާއި މި މައްސަލާ ގައި ހުށަހެޅި އެންމެހައި ހެކި ޤަރީނާއިން ޝަރީޢަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ސ.ހިތަދޫ ހުރާ ޙަސަން އަމީނު 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް، މ ޙަސަން އަމީން ބަންދުގައި ބަހައްޓައިގެން ޙުކުމް ތަންފީޒު ކުރާ އިދާރާއާ ޙަވާލުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގައި މި ޤަޟިއްޔާ ނިންމައިފީމެވެ." މިފަދައިންނެވެ.
5އެޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފުކުރުމަށް ޙަސަން އަމީނގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ. އިސްތިއުނފުކުރުމަށް ހުށަހެޅި ނުކުތާ ތައް:
6އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2016438/S2C/ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޙަސަން އަމީނގެ ފަރާތުން މައިގަނޑު 3 (ތިނއް) ނުކުތާ ހުށަހަޅައި އެނުކުތާތަކާ ގުޅޭ ގޮތުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
1.6 އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 438/S2C/2016 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަކީ ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫ ލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގައި ހެކިބަހާ ގުޅޭ ގޮތުން ކަނޑައަޅާފައިވަ އުޞޫލަށް ރިޢާޔަތްނުކޮށް ނިންމާފައިވާ ނިންމުމެއް ކަމަށްބުނެ ހުށަހެޅި ނުކުތާ؛
2.6 އެ ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު A/16-SC2017/ ޤަޟިއްޔާއާއި ކޯޓުގެ ނަންބަރު 2011/SC-A/31 ޤަޟިއްޔާގައި ޤއިމާ ކުރައްވާފައިވާ އުޞޫލުތަކާ ޚިލާފަށް އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްނުކޮށް ނިންމާފައިވާ ނިންމުމެއް ކަމަށްބުނެ ހުށަހެޅި ނުކުތާ؛
3.6 އެ ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނނުއަސާސީގޫ 51 ވަނަ މާއްދާގެ (އ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/34 ޤަޟިއްޔާއާއި އެކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ޔަޤީނާއި ގާތްކުރާ މިންވަރަށް އިޤްތިނާޢު (convince) ވެގެން މެނުވީ ކުށެއް ސާބިތުވާކަމަށް ޖިނާޢީ މައްސަލައެއްގައި ޙުކުމް ކޮށްގެން ނުވާނެކަމަށް ކަނޑައަޅާފައިވާ އުޞޫލާއި އަދި "ޤަރީނަތުލް ބަރާޢުގެ" މަބްދަޢުއާ ޚިލާފަށް ކުށް ސާބިތުވާކަމަށް ނިންމާފައިވާ ނިންމުމެއް ކަމަށްބުނެ ހުށަހެޅި ނުކުތާ؛ އެ ވެ.
7މި ނުކުތާތައް ހުށަހެޅުމަށްފަހު، ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑަށް އަދި ޤާނޫނއަސާސީގު 51 ވަނަ މާއްދާގެ (އ) ގައި ލާޒިމްކުރާ މިންގަނޑުކަމުގައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ހެކި ލިބިފައި ނުވާކަމަށް ކަނޑައަޅައި ދިނުމާއެކު، އިސްތިއުނާފުކުރެވިފައިމިވާ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 438/S2C/2016 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށްދިނުމަށް ޙަސަން އަމީންގެ ފަރާތުން މިކޯޓުގައި އެދިފައިވެއެވެ.
8މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރެވިފައިމިވާ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 438/S2C/2016 ޤަޟިއްޔާގައި ޙަސަން އަމީންގެ މައްޗަށް ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމުގައިވާތީ އެޤަޟިއްޔާގައ ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއްނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެކިތައް:
9ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައި ކޯޓުތަކުން ބަލައިގަންނާނެ ހެކީގެ ނިސްބަތް އެޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "އެހެން ޤާނޫނެއްގައި، ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑުކަމަށް ނުވަތަ ޝަރީޢަތަށް ޤަބޫލުކުރާ ހެކީގެ ބާވަތްކަމަށް އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް،އެޤާނޫނުގެ ބޭނުމަށްޓަކައި ނުވަތަ އެޤާނޫނުގެ ދަށުން އުފުލޭ ދަޢުވާއެއްގައި މީހަކު، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގައިފިކަން ސާބިތު ކުރުމަށްޓަކައި، ނުވަތަ އެޤާނޫނުގައިވާ ކުށެއް ސާބިތު ކުރުމަށްޓަކައި، އަންނަނިވި ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ފަސް ބާވަތެއްގެ ހެކި ހުރެއްޖެކަމަށް ވާނަމަ، އެ ހެއްކަކީ ޤާނޫނުއަސާސީގެ 51 ވަނަމާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނތެ ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ލިބިފައިވާ ހެކިކަމުގައި ބެލެވޭނެއެވެ." މިފަދައިންނެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ހެކިތަކަކީ:-
(ހ) ޖިންސީ ޢަމަލު ކުޑަކުއްޖަކާއެކު ހިންގައިފިކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއް؛
(ށ) ސައިންޓިފިކް ތަޙްލީލުތަކުން ދައްކާ ނަތީޖާ؛
(ނ) ލޮލަށް ފެނުނު މީހުންގެ ހެކީގެ ބަޔާން؛
(ރ) ފޮރެންސިކް ނިޝާންތަކުންނާއި ތަޙްލީލުތަކުން ލިބޭ ހެކި؛
(ބ) ވީޑިއޯ ރެކޯޑުތަކުން ލިބޭ ހެކި؛
(ޅ) އެކަމެއް ހިނގުމުން ދާދި އަވަހަށް ނުވަތަ އެކަމެއް ހިންގުމާ ދެމެދު ގިނަ ދުވަސްތަކެއް ނުވަނީސް ކުއްޖާގެ މައިންބަފައިންނަށް، ނުވަތަ ގާތްތިމާގެ މީހަކަށް، ނުވަތަ ރަޙްމަތްތެރިއަކަށް، ނުވަތަ ޑޮކްޓަރަކަށް، ނުވަތަ ޞިއްޙީ އެހީތެރިއަކަށް، ނުވަތަ ސައިކޮލޮޖިސްޓަކަށް، ނުވަތަ ސައިކިއޭޓްރިސްޓަކަށް، ނުވަތަ މައްސަލަ ތަޙްޤީޤުކުރާ ފުލުހަކަށް ނުވަތަ ކުޑަކުދިން ރައްކާތެރި ކުރުމުގެ ޚިދުމަތުގައި މަސައްކަތްކުރާ މީހަކަށް ކުޑަކުއްޖާ ދީފައިވާ ބަޔާން؛
(ކ) އޭ ނާއާމެދު ކަންވީގޮތް ކަމަށް ނުވަތަ އެކަން ހިނގާދިޔަގޮތް ކަމަށް ކުޑަކުއްޖާ ކިޔައިދީފައިވާ ބަޔާން؛
(އ) މީހަކާ ބެހޭ ގޮތުން ޙަޤީޤަތެއްނެތް ވާހަކަތަކެއް ހަދައިގެން، ނުވަތަ އަލަށް އުފައްދައިގެން ކިޔައިދިނުންކަމަށް ބެލެވޭ ސަބަބެއްނެތި ނުވަތަ ހާދިސާ ހިނގި ވަގުތާއި އެވާހަކަ ކިޔައިދިން ވަގުތާ ދެމެދު މާދިގު މުއްދަތެއް ފާއިތުނުވަނީސް، ކުޑަކުއްޖާ ކިޔައިދީފައިވާ ކިޔައި ދިނުމެއް؛
(ވ) ކުޑަކުއްޖާ ކިޔައިދޭ އެއްޗަކާ އެކުއްޖާއަށް ޖިސްމާނީ ގޮތުން ލިބިފައިވާ ގެއްލުންކަމަށް ޑޮކްޓަރީ ގޮތުން ފާހަގަވާން ހުރި ކަންކަމާއި ފޮރެންސިކް ތަޙްލީލުތަކުން ފާހަގަވާން ހުރި ކަންކަން ދިމާވުން؛
(މ) އެކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގި މީހަކީ ކުރިން ޖިންސީ ޢަމަލު ހިންގި މީހެއްކަން ސާބިތުވެފައިވުން ؛
(ފ) މާއްދީ ހެކި؛
(ދ) މައްސަލަ ބަލާ ފަރާތުން ކުއްޖާއާ އިންޓަރވިއު ކުރުމުން ކުއްޖާ ކިޔައިދީފައިވާ ވާހަކަ ؛ މި ހެކިތަކެ ވެ.
10މި މައްސަލައިގައި ޙަސަން އަމީނގް މައްޗަށް ކުރި، ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގު ދަޢުވާއަށް ޙަސަން އަމީން ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށްފައިވެއެވެ. އެދަޢުވާ ސާބިތުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ހެކިތަކަކީ:-
(ހ) ޙަސަން އަމީން ކުޑަކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގިކަމަށް އެކުއްޖާ ތަޙްޤީޤުގައި ކިޔައިދީފައިވާ ބަޔާން؛
(ށ) ކުޑަކުއްޖާގެ ބައްޕަ
(ނ) ކުޑަކުއްޖާގެ މާމަ
(ރ) ޕޮލިސް ލާންސް ކޯޕްރަލް ޢަބްދު ﷲ އަޝްރަފް
(ބ) ޕޮލިސް ކޮންސްޓަބަލް އަޙްމަދު ފިރާޒް
(ޅ) އަނިޔާ ލިބުނު ކުއްޖާ
(ކ) ކުޑަކުއްޖާގެ ހާލަތު ވަޒަންކޮށް ފެމެލީ އެންޑް ޗިލްޑްރެންސް ސަރވިސްގެ ފަރާތުން ރިޕޯޓް ތައްޔާރުކުރި ފަރާތް؛
(ބ) ކުޑަކުއްޖާގެ ހާލަތު ވަޒަންކޮށް ފެމެލީ އެންޑް ޗިލްޑްރެންސް ސަރވިސްއިން ތައްޔާރުކޮށްފައިވާ ރިޕޯޓް،
(ކ) ކުއްޖާގެ އިންޓަވިއު ރެކޯޑިންގ
(އ) ކުއްޖާގެ މެޑިކޯލީގަލް ރިޕޯޓް، މިހެކިތަކެވެ.
11ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ކުޑަކުއްޖާގެ ބައްޕަ ނިޔާވެފައިވާތީއާއި، ޕޮލިސް ލާންސް ކޯޕްރަލް ޢަބްދުﷲ އަޝްރަފް ކޯޓަށް ހާޟިރުކުރެވޭ ގޮތް ވެފައި ނުވާތީއާއި، ކުޑަކުއްޖާގެ މާމަ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރަން ޖެހިފައިވާ ކަމަށްބުނެ ކޯޓަށް ހާޟިރުވުމުގެ އަމުރާ ހަވާލުވެފައިނުވާތީ، އެމީހުނގް ހެކިބަސް ޝަރީޢަތުގައި ނެގިފައިނުވާކަން އިސްތިއުނާފުކުރެވިފައި މިވާ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެހެކިންގެ ތަޙްޤީޤު ބަޔާނަށް ޝަރީޢަތުން ރިޢާޔަތްކޮށް ދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދިފައިވާކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ކުޑަކުއްޖާގެ ހެކިބަސް ނަގައިދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިފައިވީ ނަމަވެސް، ކޮވިޑް 19 ގެ ޙާލަތުގެ ސަބަބުން ޝަރީޢަތަށް މީހުން ހާޟިރު ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީއާއި، ކުޑަކުދިންގެ ހެކިބަސް ނަގަން ޖެހެނީ، ކުއްޖާއަށް ފަރިތަ މާހައުލަކަށް ކުއްޖާ ގެންގޮސްގެން ކަމަށް ވާތީއާއި ކުއްޖާގެ އިންޓަވިއު ވީޑިއޯ ރެކޯޑިންގއަށާއި، ތަޙްޤީޤު ބަޔާނަށް ދަޢުވާލިބޭ ފަރާތުން އިންކާރުކޮށް ޝައްކެއް އުފައްދާފައިނުވާތޮ ކުއްޖާގެ ހެކިބަސް ޝަރީޢަތުން ނަގާފައިނުވެއެވެ.
12މި މައްސަލައިގެ ތަޙްޤީޤަށް 30 އޮގަސްޓް 2015 ގައި ކުޑަކުއްޖާ ދީފައިވާ ބަޔާނުގައި އެކުއްޖާއާމެދު ޙަސަން އަމީން ޖިންސީ ޢަމަލު ހިންގި ގޮތް ތަފްސީލުކޮށް ކިޔައިދީފައިވެއެވެ.އެކުއްޖާގެ ތަޙްޤީޤު ބަޔާނަށް ބަލާއިރު، "... 2015 އޮގަސްޓް 08 ވަނަ ދުވަހުގެ ވަގުތެއްގައި އަމީން އަށް ގުޅާފައި އަޅުގަނޑު ގޭގައި އެކަނި ކަމަށާއި ބޮޑު އެއްވެސް މީހަކު ގޭގައި ނޫޅޭ ކަމަށާއި އެހެން ކަމުން މީދޫ އަށް އައުމަށް އަޅުގަނޑު އަމީން ގާތުގައި އެދުނީމެވެ. އެހެންކަމުން 2015 އޮގަސްޓް 08 ވަނަ ދުވަހު ހަވީރު :0016ގެ ފެރީގައި އަމީން ސ.މީދޫއަށް އައިސްފައިވެއެވެ. އަދި އެދުވަހު އަމީން އައުމުން އަމީން އާއި އެކު ތިއްތަ (ނަން) އުޅޭ ގެ (ގޭގެ ނަން) އށަ ގޮސް އެގޭގައި ތިބެފައި އަމީން ގޮވައިގެން އަޅުގަނޑު ދިޔައީ އަމާ (މަންމަ ފަރާތު މާމަ( ގެ (ގޭގެ ނަން) އަށެވެ. އަދި (ގޭގެ ނަން) ސައިބޮއިގެން އެގޭގައި އުޅެފައި ގެއަށް ދިޔައީ އެދުވަހު 22:00 ހާއިރު އަޅުގަނޑާއި ކޮއްކޮ (ނަން) އަދި އަމީން އާއި 03 މީހުންނެވެ. އަދި ގެއަށް ގޮސް ކޮޓަރިއަށް ވަދެ ކޮއްކޮ ނިދައިފިއެވެ. އަދި އަމީން ފާޚާނާއަށް ވަދެ އޭނާ ލައިގެން ހުރި ސޯޓުބުރި އެހެން ސޯޓުބުރިއަކަށް ބަދަލުކޮށްގެން ނިކުމެ ކޮޓަރި ތެރޭގައި ބިންމަތީގައި އަޅާފައި އޮތް ގޮދަޑީގައި އޮށޯތެވެ. އަދި އަޅުގަނޑު ކައިރީގައި އަމީން "ކިސް" (ބޮސް) އެއް ދިނުމަށް ބުނެފައިވެއެވެ. އެހެންކަމުން އަޅުގަނޑު އަމީން އޮތް ގޮދަޑި މައްޗަށް ގޮސް އަޅުގަނޑުގެ ތުންފަތާއި އަމީން ގެ ތުންފަތް ޖެއްސުމަށްފަހު އަޅުގަނޑު އަމީންގެ ތުންފަތަށް "ކިސް" (ބޮސް) އެއް ދިނުމުން އަޅުގަނޑާއި އަމީން "ހަގް" ކޮށް (ބައްދާ) ފައިވެއެވެ. އަދި "ހަގް" ކުރުމަށްފަހު އަމީން އަޅުގަނޑުގެ ޖިންސްގެ ގޮއް ނައްޓާލުމަށްފަހު އަޅުގަނޑުގެ ޖިންސްގެ ތެރެއިން އަދި އަޅުގަނޑު ލައިގެން ހުރި ޖަނގިޔަލުގެ ތެރެއިން އަމީން ގެ އަތް ލުމަށްފަހު އަޅުގަނޑުގެ ކުރިމަތިފަރާތަށް އިނގިލި ކޮއްޕާފައިވެއެވެ. އަދި އޭގެ ފަހުން އަޅުގަނޑު ލައިގެން ހުރި ޓީޝާޓު ހިއްލުމަށްހު އަޅުގަނޑުގެ "ބްރާ" (ކިރުހިއްޕި) މައްޗަށް ހިއްލާލާފައި އަޅުގަނޑުގެ މޭމަތީގައި (އުރަމަތީގައި) އަމީން ހިފިއެވެ. އަދި އެވަގުތު އަމީން ބޮލުގައި ރިއްސާ ކަމަށް ބުނެފައި ނިދަން ބޭނުންކަމަށް ބުނެ (ކޮއްކޮގެ ނަން)ނިދަން އޮތް ގޮދަޑިއަށް ގޮސް އެ ގޮދަޑީގައި ނިދާފައިވެއެވެ. އަދި އަޅުގަނޑުވެސް ނިދިފައި އޮއްވައި ގޭ ބޭރު ދޮރު ވަރަށް ބާރަށް ތަޅާފައި އަޅުގަނޑުގެ ބައްޕަ އަޅުގަނޑުގެ ނަމުން ގޮވާ އަޑު އިވުނެވެ. އަޅުގަނޑު ހޭލެވުނު އިރު އަމީން އާއި (ކޮއްކޮގެ ނަން) ވެސް ވަނީ ހޭލވިފައެވެ. އަދ އަޅުގަނޑު އަމީން ގާތުގައި އެއީ ބައްޕަ ކަމަށާއި އެހެންކަމުން އަމީން ފިލުމަށް އަމީން ގާތުގައި ބުނީމެވެ. އެހެން ކަމުން އަމީން ފިލަން ވެގެން ގޮސް ވަދެފައިވަނީ ގޭ ބަދިގެ ތެރެއަށެވެ. އަދި އަޅުގަނޑު ދޮރު ހުޅުވުމުން ބައްޕޮ ފުލުހުންނާއިއެކު ގޭތެރެއަށް ވަދެފައިވެއެވެ. އަދި އަމީން ބަދިގެ ތެރޭގައި ފިލާފައި އޮއްވައި ފުލުހުން ގޮސް އަމީން ގޮވައިގެން އެގެއިން ދިޔައެވެ. އަދި އޭގެ ފަހުން ޖެހިގެން އައި ދުވަހު އަޅުގަނޑު ފާޚާނާ ކުރިއިރު ވަރަށް ބޮޑަށް އަޅުގަނޑުގެ ކުރިމަތި ފަރާތަށް ތަދުވެ ދިލަ ނަގާފައިވެއެވެ." މިފަދައިން ބުނެފައިވެއެވެ.
13މި މައްސަލައިގެ ހާދިސާ ހިނގިތަނަށް ދިޔަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޮންސްޓަބަލް އަޙްމަދު ފިރާޒް ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެމުން، 2016 އޯގަސްޓް 8 ވަނަ ދުވަހު މަނާ ޑިއުޓީގައި އުޅެނިކޮށީ ކުޑަކުއްޖާގެ ބައްޕަ، ކުޑކުއްޖަ އާއާ ފިރިހެނަކު އެއްކޮށް ކޮޓަރިތެރޭގައި ތިބި ކަމަށް ބުނެ މައްސަލަ ހުށަހެޅުމުން، މީނާއާއި ޕޮލިސް ކޯޕްރަލް އޝްރަފާއަ އަދި އެކުއްޖާގެ ބައްޕަ އާއި 3 (ތިނެއް) މީހުން ކުޑަކުއްޖާ ދިރިއުޅޭ ގެއަށް ދިޔަކަމަށާއި، އެގެއަށް ދިޔައިރު އެ ގެ ހުރީ ތަޅުލާފައި ކަމަށާއި، ކުޑަކުއްޖާގެ ބައްޕަ ގޭގެ ދޮރުގައި ތެޅުމުން 5 (ފަހެއް) ވަރަކަށް މިނިޓް ފަހުން ދޮރު ހުޅުވުމުން، މމީހުން އެގި ތެރެއަށް ވަނުމަށްފަހު، ބަދިގޭ ދޮރު ހުޅުވާފައިހުރުމުން މީނާ ބަދިގެ ތެރެއަށް ވަތްއިރު، ބަދިގޭ ސިންކް ދަށުގައި ޙަސަން އަމީން އޮތް ކަމަށާއި، ޙަސަން އަމީނާ ސުވާލު ކުރުމުން، އޭނާ އެރަށަށް އައީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުޑަކުއްޖާ ބުނެގެން ކަމަށާއި، އެ ދެމީހުން ކޮޓަރީގައި ތިބީ ނިދަން ކަމަށާއި، ސިންކު ދަށަށް ވަދެ ފިލީ ދޮރުގައި ޓަކި ޖެހުމުން ބިރުން ކަމަށާއި، އެމީހުން އެއްވެސް ގޯސް ކަމެއް ނުކުރާ ކަމަށާއި އެހެންނަމަވެސް 'ކިސް' ކުރި ކަމަށް، ޙަސަން އަމީން މީނާގެ ގާތުގައި ބުނެފައިވާ ކަމަށާއި، އަމީން ފެނުނު އިރު ހުރީ ޓީޝާޓަކއާ ސޯޓެއް ލައިގެން ކަމަށާއި، އަދި ޙަސަން އަމީންގެ ޖިންސް އޮތީ ކޮޓަރީގައި ކަމަށް ބުނުމުން، އޭނާ ގޮވައިގެން ކޮޓަރިއަށް ދިޔުމުން، ކޮޓަރީގައި ހުރި މޭޒުމަތިން ޖިންސު ނަގައިގެން ޙަސަން އަމީން މީނާގެ ހާޟިރުގައި ޖިންސް ލީކަމަށް ބުނެފައިވާކަން އެނގެއެވެ.
14މި މައްސަލައިގައި ކުޑަކުއްޖާއާބެހޭ ގޮތުން މިނިސްޓްރީ އޮފް ލޯ އެންޑް ޖެނޑަރގް ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރއިން ތައްޔާރުކޮށްފައިވާ ކުއްޖއާބެހޭ ރިޕޯޓަށް ބަލާއިރު، އެރިޕޯޓު ހެދުމުގައި ބަލާފައިވަނީ އެސެންޓަރަށް ފާހަގަ ކުރެވިފައި ހުރިކަންތައްތަކާއި އެސެންޓަރގެ ފަރާތުން ކުޑަކުއްޖާއާ ބައްދަލުކޮށް ވާހަކަ ދައްކައިގެން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ކަމަށާއި، އެރިޕޯޓަކީ ކުއްޖާގެ ނަފްސާނީ ޙާލަތު ދެނެގަތުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ނޫން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކުޑަކުއްޖާއަކީ އެކުއްޖާގެ މަންމައާއި ބައްޕަ ކައިވެނިކޮށްގެން ލިބިފައިވާ 5 (ފަހެއް) ދަރިންގެ ތެރެއިން 3 ވަނަ ކުއްޖކަމަށާއާ އެކުއްޖާ ތަޢުލީމު ޙާޞިލްކުރަމުން ދަނީ ގްރޭޑް 10 ގައި (ހާދިސާ ހިނގިއިރު ގްރޭޑް 9 ގައި) ކަމަށާއި، ކުއްޖާއަކީ ކިޔެވުމަށް އެވްރެޖް މިންގަނޑެއްގެ ކުއްޖެއް ކަމަށާއި، ކުއްޖާއަކީ ކަންބޮޑުވާފަދަ ޞިއްޙީ މައްސަލައެއް ހުރި ކުއްޖެއް ނޫން ކަމަށާއި، ޙަސަން އަމީނަކީ ކުޑަކުއްޖާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހެއް ކަމާއި، ކުޑަކުއްޖާގެ މަންމަ ކުޑަކުއްޖާގެ ދައްތަ ބަލިވެގެން މާލެއަށް ދިއުމުން ކޑަކުއްޖާއާއި އެކުއްޖާގެ ކޮއްކު އާ ދެމީހުން އެކަނި ގޭގައޮ އުޅެން ޖެހުމުން ބިރު ގަންނާތީ ކުއްޖާގެ މަންމަ މާލެއިން އަންނަންދެން އެގޭގައި އުޅެދިނުމަށް ކުޑަކުއްޖާ ޙަސަން އަމީންގެ ގާތުގައި އެދުމުން ޙަސަން އަމީން ސ.މީދޫއަށް އައިސް އެކުއްޖާއާއެކު އުޅުނު ކަމަށއާ އެގޮތުން އެކުއްޖާއާއެކު އުޅުނުއިރު، 08 އޮގަސްޓް 2015 ދުވަހުގެ ރޭ ޙަސަން އަމީން ލައިގެން ހުރި ސޯޓް ބުރި ބަދަލުކޮށްގެން އައިސް ކޮޓަރީގެ ބިންމަތީގައި އަޅާފައި އޮތް ގޮދަނޑިއެއްގައި އޮށޯވެ އޮވެފައި ކުޑަކުއްޖާގެ ގާތުގައި ކިސްއެއް ދިނުމަށް ތަކުރާރުކޮށް އެދުމުން ޙަސަން އަމީން އޮތް ގޮދަނޑިއަށް ގޮސް ކިސްކުރި ކަމަށާއި، އޭގެ އިތުރުން ކުއްޖާ ލައިގެން ހުރި ޖިންސްގެ ގޮއް ނެއްޓުމަށްފަހު ޖިންސްގެ ތެރެއަށް ޙަސަން އަމީން އަތްކޮއްޕައި، ކުއްޖާގެ ކުރިމަތިފަރާތުގައި އަތްކާއްތައި އިނގިލި ކޮއްޕިކަމަށާއި އަދި ޙަސަން އަމީންގެ އަތުން ކުއްޖާގެ އުރަމަތީގއި ހިފައި ފިއްތައި މޮޑެހެދިކަމަށަ އާ، އެއަށްފަހު ޙަސަން އަމީނގް ބޮލުގައި ރިއްސާކަމަށް ބުނެ ނިދަން ދިޔަކަމަށާއި، މިމީހުން ނިދަން ތިއްބައި،ކުޑަކުއްޖާގެ ބައްޕަ ގޭގެ ދޮރުގައި ޖަހައި، ދޮރު ހުޅުވުމަށް ގޮވުމުން، ޙަސަން އަމީން އެގޭ ބަދިގެތެރެއަށް ފިލަން ވަނުމަށް ބުނުމުން އޭނާ ގޮސް ބަދިގެތެރެއަށް ވަނުމުން، ކުޑަކުއްޖާ ގޮސް ގޭގެ ދޮރު ހުޅުވިއިރު، ކުޑަކުއްޖާގެ ބައްޕައާއި 2 (ދޭއް) ފުލުހުން އައިސް ތިބިކަމަށާއި އަދި އެމީހުން ގޭތެރެއަށް ބަލަމުން ދަނިކޮށް، ބަދިގެތެރޭގައި ޙަސަން އަމީން ފިލައިގެން އޮއްވާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، އޭނާ ގޮވައިގެން ދިޔަކަމަށާއި، އެއިގެ އިރުކޮޅެއް ފަހުން ކުއްޖާގެ ބައްޕަވެސް ގެއިން ނުކުމެގެން ދިޔަކަމަށާއި ކުއްޖާގެބައްޕަ ދިއުމުން، އެގޭ ބޭރު ދޮރު ތަޅުލުމަށްފަހު ކުއްޖާ ނިދީ ކަމަށް ބުނެފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
15މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއިން ކުޑަކުއްޖާގެ ޙާލަތު ބަޔާންކޮށް ކުއްޖާގެ ރިޕޯޓު ތައްޔާރުކުރި ފަރާތްކަމުގައިވާ، އެސިސްޓެންޓް ސޯޝަލް ސަރވިސް އޮފިސަރ އާސިޔަތު ޝާނިމާ ޢަލިދީދީ، މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހުގެ މައްޗަށް ބަލާއިރު، މިމައްސަލައިގައި ހުށަހެޅިފައިވާ ކުއްޖާއާބެހޭ ރިޕޯޓަކީ އޭނާ ތައްޔާރުކޮށް ސޮއި ކޮށްފައިވާ ރިޕޯޓެއް ކަމަށާއި އެރިޕޯޓަކީ ކުޑަކުއްޖާ ކިޔައިދިން ގޮތަށް ލިޔެފައިވާ ޞައްޙަ ތެދު މަޢުލޫމާތު ހިމެނޭ ރިޕޯޓެއް ކަމަށާއި، މި މައްސަލައިގެ ތަޙްޤީޤުގައި ފުލުހުން ކުއްޖާއާ ސުވާލު ކުރީ އޭނާގެ ޙ ޒިރުގައި ކަމަށާ އ، މާ ޙާދިސާއާ ގުޅޭ ގޮތުން ކުއްޖާއާ އޭނާ އިތުރަށް ސުވާލުކޮށްފައިނުވނާ ކަމަށާއި، ނަމަވެސް ސޯޝަލް ސަރވިސް ވޯކަރެއްގެ ހައިޞިއްޔަތުން އެރިޕޯޓު ތައްޔާރު ކުރުމުގައި ކުޑަކުއްޖާއާއި ޙަސަން އަމީން ބައްދަލުވި ގޮތާއި ކުއްޖާގެ އުޅުމާއި ޢާއިލާއބެހާ މަޢުލޫމާތާ ސާފުކޮށްފައިވާނެ ކަމަށާއި، އޭނާއަކީ ސޯސަލް ސަރވިސްގެ ދާއިރާއިން ލެވެލް 3 ގެ ސަނަދު ލިބިފައިވާ، އަދި އެދާއިރާގައި 12 (ބާރަ) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހެއް ކަމަށް ބުނެފައިވާކަން ފާހަގަ ކުރެވެއެވެ.
16މި މައްސަލައާ ގުޅިގެން އައްޑޫ ސިޓީ،ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކުޑަކުއްޖާ ބެލީ ޑރ.އަޙްމަދު މުޙައްމަދު ޢަލީ މުޙައްމަދު، ތައްޔާރުކޮށް ފައިވާ މެޑިކޯ ލީގަލް ރިޕޯޓަށް ބަލާއިރު، ކުއްޖާގެ ފަރުޖުން އެއްވެސް ކަހަލަ ޒަހަމެއް ނުފެނޭ، ބިކުރުގެ ދުލިފަށުގެ މެދެއްހާ ހިސާބުން ކުޑަ ތަންކޮޅެއް ކެނޑިފައިވުމުގެ އިތުރުން ކުރިމަތި ފަރާތުން ހުދު ކުލައިގެ ދިޔައެއް އައިސްފައިވޭ، މިފަދައިން ބަޔާންކޮށްފައިވެއެވެ.
17ޕްރިސިޑެންސް 6ޙަސަން އަމީންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ކުޑަކުއްޖަކާއެކު ޖިންސީ ޢމަލެއަ ހިންގުމުގެ ކުށުގެ ދަޢުވާއަށް ޙަސަން އަމީން އިންކާރުކޮށްފައިވެއެވެ. އެދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި މި މައްސަލައިގެ ތަޙްޤީޤަށް ޙަސަން އަމީން ދީފައިވާ ބަޔާން ހުށަހަޅާފައިނުވެއެވެ. މި މައްސަލައިގެ ޙާދިސާ ހިނގިތނަށް ދިޔަ އަދި ފުލުހުންގެ ބެލުމުގެ ދަށަށް ޙަސަނެ އަމީން ގެނައި، ޕޮލިސް ކޮންސްޓަބަލް އަޙްމަދު ފިރާޒް ތަޙްޤީޤު ބަޔާނުގއާއަ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހުގައި، ޙަސަން އަމީން ކުއްޖާ ދިރިއުޅޭ ގޭގެ ބަދިގެތެރޭގައި ފިލައިގެން އޮއްވައި، ނެގުމަށްފަހު އޭނާއާ ސުވާލު ކުރުމުން އެކުއްޖާއާމެދު އެއްވެސް ގޯސްކމެއަ ނުކުރާ ކަމަށާއި ނަމަވެސް "ކިސް" ކުރިކަމަށް ބުނެ ފައިވާކަމަށް ބުނެފައިވެއެވެ. ޙަސަން އަމީން ފުލުސް އޮފިސަރުގެ ގާތުގައި ކުއްޖާއާ ކިސްކޮށްފައިވާނެ ކަމަށް ބުނެފައިވަނީ އެވަގުތު ބިރުން ހުރުމުގެ ސަބަބުން ކަމަށާއި އޭނާ އެކުއްޖާއާމެދު އެއްވެސް ޖިންސީ ޢަމަލެއް ހިންގާފައިނުވާނެ ކަމަށް ބުނެފައިވާކަން ފާހަގަ ކުރެވެއެވެ. އަޙްމަދު ފިރާޒްގެ ގާތުގައި ޙަސަން އަމީން ކުއްޖާއާ ކިސްކުރި ކަމަށް ބުނެފައިވާ ކަމަށް އަޙްމަދު ފިރާޒް ބުނާބުނުމަކީ ޙަސަން އަމީންގެ ޞައްޙަ އިޢުތިރާފއެ ކަމަށް ބެލިދނާ ތ އެވެ. އިޢުތިރާފަކީ މުއްތަހަމު އޭނާއަށް ތުހުމަތު ކުރެވިފައިވާ ކުށުގައި ޝާމިލްވާ ޢަމަލެއް ކުރިކަމަށް އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ވާ އިޤްރާރއެ ކަމާއި، ޖިނާއީ ކުށްތައް ސާބިތުކުރުމުގެ އެންމެ މުހިއްމު އެއް ވަސީލަތަކީ އިޢުތިރާފު ކަމާއި، މުއްތަހަމު ޝަރީޢަތުން ބޭރުގައި ތަޙުޤީޤުގެ މަރުޙަލާގައި ތަޙްޤީޤުކުރާ ފަރާތުގެ ކުރީމަތީގައި ނުވަތަ އެނޫންވެސް ފަރާތެއްގެ ކުރިމަތީގައިވާ އިޢުތިރާފު ޝަރީޢަތުގެ މަޖިލީހަށް ދެގޮތަކަށް ހުށަހެޅިދާނެ ކަމާއި؛ އެއީ
1. މުއްތަހަމު އިޢުތިރާފު ވީ ކަމަށް ޝަރީޢަތުގެ މަޖިލީހުގައި މީހަކު ދޭ ހެކިބަހެއްގެ ސިފައިގައި؛
2. މުއްތަހަމުގެ އިޢުތިރާފު ބަޔާންކޮށް މަޙޟަރުކުރެވިފައިވާ ކިތާބް ހެއްކެއްގެ ސިފައިގައެވެ. މި އިން އެއްވެސް ބާވަތެއްގެ އިޢުތިރާފެއްގެ މައްޗަށް ބިނާކޮށް މުއްތަހަމުގެ މައްޗަށް ދަޢުވާ ސާބިތުވާނީ، ޖިނާއީ އެހެނިހެން ހެކިތަކާއި ދަލީލތަކެކު އެއްފަދައިން މައްސަލަ ބަލާ ފަނޑިޔާރަށް އެ އިޢުތިރާފަކާމެދު އިޤްތިނާޢު ވެވިގެން ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2011/SC-A/23 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ޢަބްދުﷲ އާ އިތުރު 5 މީހުން) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ. މި މައްސަލައިގައި ޙަސަން އަމީން ތަޙްޤީޤަށް ދީފައިވާ ބަޔާނާ ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިނުވެއެވެ. މި މައްސަލައިގައި ދައުލަތުނަ ހުށަހަޅާފައިވަނީ، ޙަސަން އަމީން އެކުއްޖާއާ ކިސްކުރި ކަމަށް ބުނެފައިވާ ކަމަށް ޕޮލިސް ކޮންސްޓަބަލް އަޙްމަދު ފިރާޒް ބުނާބުނުމެވެ. އަދި އެގޮތަށް ޙަސަން އަމީން ބުނިކަމަށް އަޙްމަދު ފިރާޒް މި މައްސަލައިގެ ޝަރީޢަތުގެ މަޖިލހުގައީ ބުނެ ހެކިބަސް ދފައީ ވެއެވެ. ކުށުގެ ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފު ފިޔަވައި، އެހެން އިޢުތިރާފުތަކަކީ ހެއްކެއްކަމުގައި ނުބެލެވޭނެ ކަމަށް ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، އަޙްމަދު ފިރާޒްގެ ގާތުގައި ޙަސަން އަމީން ކުޑަކުއްޖާއާ ކިސްކުރިކަމަށް ބުނެފައިވާ ކަމަށް އަޙްމަދު ފިރާޒް ބުނާބުނުން ހެއްކެއް ކަމުގައި ޤަބޫލު ނުކުރެވޭނެ ކަމަށް ޙަސަން އަމީންގެ ފަރާތުން ބުނެފައިވެއެވެ.
18އަޙްމަދު ފިރާޒަކީ މި މައްސަލައިގެ ހާދިސާ ހިނގިތަނަށް (ސީނަށް) ދިޔަ ދެ ފުލުހުންގެ ތެރެއިން އެއް ފުލުސް އޮފިސަރއެވެ.ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދިއުމާއެކު ޢަމަލު ކުރަންޖެހޭ ގޮތްތަކެއްވެއެވެ. އެގޮތުން، ކުށެއްގެ ތުހުމަތުގައި މީހކަ ހައްޔަރުކުރެވޭ ހިނދު، ނުވަތަ ބަންދުކުރެވޭ ހިނދު، އެމީހަކު ހައްޔަރުކުރެވުނު ސަބަބާއި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމގު ޙައްޤު ލިބިގެންވާ ކަމާއި، އަދި ޤާނޫނީ ވަކީލުގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ދެމެހެއްޓުމުގެ ފުރުޞަތު ލިބިގެންވކަނާ އެމީހަކަށް އަންގަންވާނެއެވެ. އަދި ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމަކީ އެމީހަކަށް ލިބިގެންވާ ޙައްޤެއްކަން އެމީހަކަށް އަންގައި، އެޙައްޤު ލިބިގަތުމުގެ ފުރުޞަތު އެމީހަކަށް ދޭންވާނެކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ހ) އާއި،(ށ) އާއާ
(ނ) އަށް ބެލުމުން އެނގެއެވެ. ކުށެއްގެ ތުހުމަތުގައިވާ މީހަކާ ތަޙްޤީޤުގައި ސުވާލުކުރަންވާނީ އެމީހަކަށް ޤާނޫނުއަސާސީން ލިބިދީފައިވާ އިސްވެ ބަޔާންކޮށްފައިވާ ޙައްޤުތައް ލިބިގންވާކަނެ އެމހަކަށީ އަންގައި އެޙައްޤުތައް ހޯދައި ލިބިގަތުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްފަހުގައެވެ. އެޙައްޤުތައް ކަށަވަރުކޮށްދިނުމެއް ނެތި ހޯދާ ހެއްކަކީ ޤާނޫނުގައި ހެކި ހޯދުމަށް ކަނޑައަޅާފައިވާ ހަމަތަކާ އެއްގޮތަށް ހޯދާފައިވާ ހެކި ކަމުގައެއް ނުބެލެވޭނެއެވެ. މިމައްސަލައިގައި އަޙްމަދު ފިރާޒް، ޙަސަން އަމީނާ ސުވާލުކޮށްފައިވަނީ އިސްވެބަޔާންކުރެވުނު ޙައްޤުތައް ޙަސަން އަމީނަށް ލިބިގެންވާކަން އޭނާއަށް އެންގުމަށފަހުގައިކަން އެނގެއެވެ. އަދި އެކަމާގުޅޭ ގޮތުން ޙަސަން އަމީންގެ ފަރާތުންވެސް ސުވާލު އުފައްދާފައި ނުވާކަން ފާހަގަކުރެވެއެވެ.
19މި މައްސަލައިގެ ހާދިސާހިނގިތަނަށް ދިޔަ ފުލުސް މީހާ ސުވާލު ކުރުމުން، ކުޑަކުއްޖާއާ 'ކިސް' ކޮށްފައިވާކަމަށް ޙަސަން އަމީން ބުނިކަމަށް ފުލުސް މީހާ ބުނާބުނުމަކީ ޙަސަން އަމީން ކުއްޑަކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގިކަމަށް ފުލުސް މީހާގެ ކުރިމަތީގައި، ޝަރީޢަތުން ބޭރުގައި ވާ އިޢުތިރާފެކެވެ. އެފަދަ އިޢުތިރާފަށް ޝަރީޢަތުން ބުރަދަން ދެވޭނީ ހަރުދަނާ ޤަރީނާއެއްގެ ދަރަޖައިގައެވެ. އަދި މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅޭނީ އެއިޢުތިރާފު ކަށަވަރުކޮށްދޭ އިތުރު ހެކިނުވަތަ ހެކިތަކެއް ހުރިނަމަކަން އިސްވެ ބުނެވިދިޔަ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ޤާއިމްކޮށްފައިވާ އުޞޫލަށް ބެލުމުން އެނގެއެވެ. މެޑިކޯ ލީގަލް ރިޕޯޓް ތައްޔާރުކުރި ފަރާތް ޝަރީޢަތަށް ހާޟިރުކޮށް ސުވާލުކުރުން
20ޕްރިސިޑެންސް 5ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓް ތައްޔާރުކުރި ޑޮކްޓަރު ޝަރީޢަތަށް ޙާޟިރުކޮށް އޭނާގެ ހެކިބަސް ނުނަގައި، ހަމައެކަނި މެޑިކޯ ލީގަލް ރިޕޯޓުގައިވާ އެއްޗަކަށް ރިޢާޔަތްކޮށް މައްސަލަ ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/31 (އާދަމް ޙަލީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފު ކަމެއްކަމަށް ޙަސަން އަމީންގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އެޤަޟިއްޔާގައި ފާހަގަ ކުރައްވާފައިވަނީ، "....ބުނެވުނު ހައިކޯޓުގެ ޤަޟިއްޔާގައި އާދަމް ޙަލީމްގެ މައްޗަށް އުފުލިފައިވާ ކުށުގެ ދަޢުވާ، އެއްވެސް ޝައްކެއްނެތް މިންވަރަކަށް ޝަރީޢަތަށް ސާބިތުވާކަމަށް ބެއްލެވި މައިގަނޑު އެއްއަސާސަކީ އިސްވެ އިޝާރާތް ކުރެވުނު "ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯޓް" ކަމަށްވާއިރު އެރިޕޯޓަކީ ޚަބީރެއްގެ ރައުޔުކަމަށްވެފައި، އެރިޕޯޓު އެއީ، އާދަމް ޙަލީމްގެ މައްޗަށް އެ ޤަޟިއްޔާގައި އުފުލިފައިވާ ކުށުގެ ދަޢުވާ އެއިން ސާބިތުވާ އެއް އަސާސްކަމުގައި ހައިކޯޓުން ބައްލަވާފައިވަނީ،އެރިޕޯޓު ތައްޔާރުކުރި ޚަބީރު، އެރިޕޯޓު ތައްޔާރުކުރި ގޮތާމެދު ވާހަކަ ދެއްކުމަށް ހައިކޯޓުގެ - މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު "ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމް" ޝަރީޢަތުގެ މަޖިލީހަށް ޙާޟީރުނުކޮށަ ކަމާއި، އަދި މައްސަލައިގެ ޚަޞްމުންނަށް، އެ ޚަބީރާ ސުވާލުކޮށް މުނާޤަޝާ ކުރުމުގެ ފުރުޞަތުވެސް ދިނުމަކާނުލައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮތުމުން އެޤަޟިއްޔާގައި އާދަމް ޙަލީމްގެ މައްޗަށް އުފުލިފައިވާ ދަޢުވާ، އެއްވެސް ޝައްކެއް ނެތް މިންވަރަކަށް ޘާބިތުވާ ކަމަށް ބައްލަވާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި އަދި ޤާނޫނުއަސާސީގެ 51 ވަނަ މައްދާގެ (ކ) ގައި ބަޔާންކުރެވިފައިވާ އަސާސީ ޙައްޤުތައް އާދަމް ޙަލީމަށް ފުރިހަމައަށް ލިބިދެވިގެންކަމަށް ބެލެވޭނެ ތަނެއް ނެތްކަން އެނގެއެވެ." މިފަދައިންނެވެ. މިޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަކީ ޝަރީޢަތަށް ހުށަހެޅިފައިވާ ރިޕޯޓުގައިވާ ހެއްކެއް ޝަރީޢަތުން ބުރަދަން ދެވޭނީ އެރިޕޯޓު ތައްޔާރުކުރި ފަރާތުން ޝަރީޢަތަށް ހ ޒިރުކޮށް އެރިޕޯޓާ ގުޅޭ ގޮތުން ސުވާލުކޮށް، ބުނާ އެއްޗެއް ބެލުމަށްފަހު، އަދި އެކަމާގުޅޭ ގޮތުން އަނެއްފަރާތަށްވެސް ސުވާލުކުރުމުގެ ފުރުޞަތު ދިނުމަށްފަހުގައި ކަމެވެ. އެޤަޟިއްޔާގައި އެގޮތަށް ކަނޑައެޅުއްވި ސަބަބަކީ، ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ ފޯމުތައް ގެނައިމީހަކާމެދު އުފެދުނު ސުވާލުގެ ޖަވާބު ހެކިންގެ ބަހުން އެނގެން ނެތުމުން އެކަން ޝަރީޢަތަށް ސާބިތުވާން އޮތްގޮތަކީ ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯޓް ތައްޔާރުކުރި ފަރާތް ހާޒރުކޮށި އެފަރާތުގެ ބަސް ޝަރީޢަތުން ލިބިގެންކަން ޝަރީޢަތަށް ޤަބޫލުކުރެވޭތީކަން އެނގެއެވެ. ކުޑަކުދިންނާމެދު ޖިންސީ ޢަމަލު ހިންގުމުގެ މައްސަލަތަކުގައި އަނިޔާލިބުނު ކުއްޖާ ބެލުމަށްފަހު ޑޮކްޓަރ ތައްޔާރުކުރާ މެޑިކް ލީގަލް ރިޕޯޓާގުޅޭ ގޮތުން ސުވާލުކުރުމަށް އެރިޕޯޓު ތައްޔާރުކުރި ފަރާތް ޝަރީޢަތަށް ޙާޒިރުނުކުރި ކަމުގައިވީނަމަވެސް އެރިޕޯޓް ޝަރީޢަތުން ބަލައިގަތުމަށް ހުރަހެއްނެތްކަން އެނގެއެވެ. މިކަމަށް އަލިއަޅުވާލައި،ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނަންބަރު 2012/HC-A/129 ޤަޟިއްޔގައާ ބަޔާންކޮށްފައިވަނީ،އެ މައްސަލައިގައި ހުށަހަޅާފައިވާ މެޑިކޯ ލީގަލް ރިޕޯޓަކީ މިފަދަ ރިޕޯޓް ތައްޔާރުކޮށް ދޫކުރުމުގެ ހުއްދަ އޮތް ފަރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓަކަށްވެފައި، އަދި ރިޕޯޓް ތައްޔާރުކުރިފަރާތް ޝަރީޢަތަށް ޙާޟިރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރަށް ފެނިވަޑައަ ނުގަންނަވާ ކަމަށް ވަނީނަމަ އެ ފަރާތެއް ޝަރީޢަތަށް ހާޟިރުކުރަން ނުޖެހޭނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/129 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާ 3 ގެ (ށ) ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/24 (މޫސާ ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާގައި، ބަޔާންކޮށްފައިވަނީ، ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓް ދޫކޮށްފައިވަނީ ރިޕޯޓު ތައްޔާރުކޮށް ދޫކުރުމުގެ ބާރު ލިބިފައިވާ ފަރާތަކުންކަން އެނގެން އޮންނަ މިފަދަ ޙާލަތުގައި، އެރިޕޯޓަކީ ޞައްޙަ ރިޕޯޓެއް ކަމަށް ޝަރީޢަތުން ބަލަންޖެހޭނެއެވެ. އަދި އޭގައިވާ ކަންތައްތަކަކީ ވެސް ތެދު ޙަޤީޤަތް ކަމަށް ބަލަންޖެހޭނެ ކަމަށެވެ.
21ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ޑޮކްޓަރަށް އެކުއްޖާ ކިޔައިދޭ ދިނުމާއި ޑޮކްޓަރީ ގޮތުން ފާހަގަ ވާން ހުންނަ ކަންކމަކަ ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ހެއްކެކެވެ. މި މައްސަލައިގައި ކުޑަކުއްޖާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދައްކާފައިވަނީ 10 އޯގަސްޓް 2015 ގައެވެ. އެކުއްޖާ ބެލުމަށްފަހު މެޑިކޯ ލީގަލް ރިޕޯޓުގައި conclusion and remarks ބައިގައި، “No sign of violence can be seen in the vulva. Hymen; small tear in posterior midline region” މިގޮތަށް ލިޔެފައިވެއެވެ. ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުގެ ޞައްޙަކަމާމެދު، ޙަސަން އަމީންގެ ފަރާތުން ސުވާލު އުފައްދާފައިނުވެއެވެ. އެރިޕޯޓު ތައްޔާރުކޮށް ދޫކޮށްފައިވަނީ އެފަދަ ރިޕޯޓު ދޫކުރުމުގެ ބާރު ލިބިފައިވާ ފަރާތަކުންނެވެ. ކުޑަކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުގައި ކުއްޖާގެ ބިކުރުގެ ދުލިފަށުން މެދެއްހާ ހިސާބުން ކެނޑިފައިވާކަން ފާހަގަކޮށްފައިވާތީ އެއީ، ކުއްޖާ ބުނާ ބުނުމަށް ބާރުލިބޭ ޤަރީނާއެއް ކަމުގައި މި މައްސަލަ ނިންމުމުގައި ދަށު ކޯޓުން ފާހަގަކޮށްފައިވާކަން އެނގެއެވެ. އެހެންކަމުން، މި މައްސަލައިގައި ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރުކުރި ފަރާތް ކޯޓަށް ޙާޒިރުކޮށް އެރިޕޯޓާގުޅޭ ގޮތުން ސުވާލުކޮށް މުނާޤަޝާކުރުމުގެ ފުރުޞަތު ޚަޞްމުންނަށް ލިބިނުދީ އެރިޕޯޓުގައިވާ ކަންކަމަށް މި މައްސަލަ މޫސާ ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2018/SC-A/24 ޤަޟިއްޔާ ގެ 41 ވަނަ ނަންބަރު ނިންމުމުގައި ރިޢާޔަތްކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އިސްވެ ބަޔާންކޮށްފައިވާ ދެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށްކަން އެނގެއެވެ. ކުއްޖާގެ އެދުމުގެ މަތިން ކުއްޖާގެ ހެކިބަސް ޝަރީޢަތުން ނެގުން
22މި މައްސަލައިގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރޭގައި އަނިޔާ ލިބުނު ކުއްޖާ ހިމެނެއެވެ. 07 މާރިޗް 2021 ވަނަ ދުވަހު ދަށު ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދީފައިވާ ބަޔާނުގައި، ކުޑަކުއްޖާއަކީ މިހާރު 18 (އަށާރަ) އަހަރު ފުރިފައިވާ ފަރާތެއް ކަމަށާއި، އޭނާގެ ހެކިބަސް ނަގަން ބޭނުންވާކަމަށާއި، ހާދިސާ ހިނގިއިރު، އެއީ 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއް ކަމަށްވާތީ ހެކިބަސް ނެގުމުގައި އެކަމަށް ރިޢާޔަތް ކޮށްދިނުމަށް އެދިފައިވެއެވެ. ކޮވިޑް19 ގެ ސަބަބުން އެގޮތަށް ބަޔާން ނެގުމުގައި ދަތިތަކެއް ހުރި ކަމަށް ފާހަގަކޮށް، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުޑަކުއްޖާގެ ބަޔާން ނަގާފައިނުވެއެވެ. މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދޭން ބޭނުންވާކަމަށް ކުޑަކުއްޖާގެ ފަރާތުން އެދިފައިވާ ކަމަށްބުނެ ކުޑަކުއްޖާގެ ސިޓީއެއް މިކޯޓަށް ހުށަހަޅާފައިވެއެވެ. އެސިޓީގައިވަނީ، "އަޅުގަނޑަކީ މި މައްސަލާގައި އަނިޔާލިބުނު ކަމަށް ބުނާ އޭރު ޢުމުރުން 14 އަހަރު ކުއްޖާ އަދި މިހާރު ޢުމުރުން 20 އަހަރުވެފައިވާ މީހާއެވެ. މި މައްސަލާގައި އަޅުގަނޑު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާން އެފަރާތުން ނަގާފައިވަނީ ޙާދިސާ ހިނގިކަމަށް ބުނާ ތާރީޚަށްވުރެން ދެހަފްތާ ފަހުގެ ތާރީޚެއްގައެވެ. ޙަސަން އަމީން އަޅުގަނޑަށް ޖިންސީ ގޯނާކޮށް އަދި އަޅުގަނޑުގެ ހަށިގަނޑުގެ ޖިންސީ ގުނަވަންތަކުގައި އަތްލާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ބަޔާން ދީފައިވަނީ އަޅުގަނޑުގެ ބައްޕަގެ ބިރުދެއްކުމާއި ގުޅިގެންނެވެ. އަދި އެއީ ފަހަރެއްގައިވެސް ޙަސަން އަމީނުގެ ފަރާތުން އެފަދަ ނޭއްގާނީ ޢަމަލެއް އަޅުގަނޑާއި މެދު ހިންގާފައިވާތީ އެއް ނޫނެވެ. ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ނިންމިއިރު އަޅުގަނޑާއި އަދި އަޅުގަނޑުގެ ޢާއިލާގެ އެއްވެސް ފަރާތެއްގެ ހެކިބަސް ކޯޓުން ނުނަގާ މި މައްސަލަ ނިންމާފައި ވުމަކީ ކަންބޮޑުވާ ކަމެކެވެ. އަދި މި މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދާއިރު އަޅުގަނޑުގެ ހެކިބަސް ހައިކޯޓުން ނެންގެވުން އެދެމެވެ." މިފަދައިންނެވެ. މިކަމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދެކޭ ގޮތް ސާފުކުރުމަށް މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުން، ދަށުކޓުގައޯ 07 މާރިޗް 2021 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، ކުއްޖާގެ ހެކިބަސް ނަގަންޖެހޭ ކަމަށް ނުދެކޭ ކަމަށާއި، އެއީ ޤާނޫނުގައިވާ ގޮތުން، އަނިޔާ ލިބުނު ކުއްޖާ ތަޙްޤީޤަށް ދޭ ބަޔާނަކީ އެއީ ކުއްޖާގެ ބަސް ކަމަށް ބަލަންޖެހޭކަމަށް ޙަސަން އަމީންގެ ވަކީލް ބުނެފައިވާ ކަމަށް ފާހަގަ ކޮށްފައިވެއެވެ. ކުއްޖާ ޝަރީޢަތަށް ޙާޟިރުކޮށް ހެކިބަސް ނަގާފައިނުވުމަކީ ކުއްޖާ ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބުރަދަނެއް ނުދެވޭނެ ސަބަބެއްނޫން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވެއެވެ.
23ޕްރިސިޑެންސް 4މިބާވަތުގެ މައްސަލަތަކުގައި ޢާންމު އުޞޫލެއްގެ ގޮތުން ކުޑަކުއްޖާގެ ހެކިބަސް ޝަރީޢަތުން ނުނަގާކަމާއި، ކުއްޖާގެ ހެކިބަސް ކަމަށް ބަލަނީ އެކުއްޖާ ތަޙްޤީޤުގައި ދޭ ބަޔާނާއި، ތަޙްޤީޤުގައި ސުވާލު ކުރެވޭއިރު، ނަގާ ވީޑިއޯ ރިކޯޑިންގކަމާއި،ހާދިސާ ހިނގިތާ ގިނަދުވަސްތަކެއް ނުވަނީސް ކުއްޖާ ކިޔައިދޭދިނުމަކީ، ޙަޤީޤަތާ އެއްގޮތަށް ކިޔައިދޭކިޔައިދިނުމެއްކަމުގައި ބެލެވޭނެކަމާއި، ހާދިސާ ހިނގާތާ ގިނަދުވަސްތަކެއް ފާއިތުވް ފަހުން ކުއްޖާ ކިޔައިދޭކިޔައިދިނުން އެހެން ގޮތަކަށް ބަދލުކުރުމުގަ ފުރުޞަތު އޮންނާނެ ކަމާއި، މި މައްސަލައިގެ ހާދިސާ ހިނގާފައިވަނީ 08 އޮގަސްޓް 2015 ގައެވެ. މި މައްސަލައިގައި ކުޑަކުއްޖާގެ ބަޔާންނަގާފައިވަނީ 30 އޮގަސްޓް 2015 ގައެވެ. އެހެންކަމުން އެކުއްޖާގެ ބަޔާން ނަގާފައިވަނީ މި މައްސަލައިގެ ހާދިސާ ހިނގިތާ 22 ދުވަސްފަހނު ނެވް . މި މައްސަލައިގައި ކުޑަކުއްޖާގެ ބަސް ތަޙްޤީޤު މަރުޙަލާގައި ނަގާފައިވަނީ މިބާވަތުގެ މައްސަލަތަކުގައި ކުއްޖާގެ ބަޔާން ނެގުމަށް ކަނޑައަޅާފައިވާ އިޖުރާއތުތަކަ ޚިލާފަށް ކަމަކަށް ނުބެލެވެއެވެ.ކުޑަކުއްޖާ ތަޙްޤީޤުކުރި ފަރާތަށް ކިޔައިދޭ ދިނުމަކީ މިބާވަތުގެ މައްސަލަތައް ޝަރީޢަތަށް ސާބިތުކުރުމުގައި ބޭނުން ކުރެވިދާނެ ހެއްކެއްކަމާއި، މި މައްސަލައިގައި ހާދިސާ ހިނގިތާ 6 (ހައެއް) އަހަރަށްވުރެ ގިނަދުވަސްވީ ފަހުން ކުޑަކުއްޖާގެ ހެކިބަސް އަލުން ނެގުމަކީ، ކުރިން ކިޔައިދިންދިނުމާ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 438/S2C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި، މިގޮތަށް ބަޔާނެއް ދީފައިވާކަން މަޙްޟަރު ކުރެވިފައެއް ނުވެއެވެ. ތަޢާރަޒްވާ ގޮތަށް ހެކިބަސްދީ މައްސަލައިގެ ތެދު ޙަޤީޤަތްތަކާ މެދު ސުވާލު އުފައްދައި ޢަދުލުއިންޞާފު ޤާއިމްކުރުމަށް ހުރަސްއެޅިދާނެ ކަމެއްކަމަށް ފެނެއެވެ. އެހެންކަމުން، މި މައްސަލައިގައި ކުޑަކުއްޖާގެ ހެކިބަސް އަލުން ނެގުމުގެ ބޭނުންމެއް އޮތް ކަމަކަށް ނުފެނެއެވެ. ކުޑަކުއްޖާގެ ހެކިބަހުގެ މުޙިއްމު ކަން އަދި ކުއްޖާގެ ހެކިބަހުގެ އެތެރެފުށާއި ބޭރުފުށުން އެއްގޮތްވުން:
24ޕްރިސިޑެންސް 1ދިވެހިރާއްޖޭގެ ސޕްރީމު ކޯޓުގެ ނަންބަރު 2019/SC-A/77 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ.އަޙްމަދު މުޚްތާރު) ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކީގެ އުސޫލަކީ ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން މައްސަލަ ސާބިތުވޭތޯ ނުވަތަ ނޫންތޯ ވަޒަންކުރުން ކަމަށާއި، އެކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް އެއީ ތެދު ކަމަށް ޤަބޫލުކުރެވޭ ހެކިތަކަކަށް ވާނަމަ، ހަމައެކަނި ކުއްޖާ ކިޔައިދޭ ބަހުގެ މައްޗަށް ބިނާކޮށްގެން ކުޑަކުދީންނާމެދު ހިންގާ ޖިނާއީ ކުށްތައް ސާބިތު ކުރެވިދާނެ ކަމަށާއި، އެޤާނޫނުގެ 47 ވަނަމާއްދާގައި ބަޔާންކޮށްފައިވާ 12 (ބާރަ) ބާވަތުގެ ހެކި ވަކިވަކިން ލިސްޓްކޮށްފައި އެވަނީ، ބެހެވުނު ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދުކަން ޤަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމުގެ ގޮތުން ފަނޑިޔާރުންނަށް ބޭނުންކުރެވިދާނޭ ވަޞީލަތްތަކއްގެ ގޮތުގައި ނުވަތަ ކުއްޖާގެ ހެކިބަސް ކޮރޮބޮރޭޓްކުރުމުގެ ވަޞީލަތްތަކެއްގެ ގޮތުގައި ކަމަށެވެ. އަދި އެމާއްދާއިން ޤާއިމްކޮށްފައިވާ ހެކިބަހުގެ އުޞޫލުކަމުގައިވާ، ކުއްޖާ ކިޔައިދޭކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން، އެމާއްދާގައި ބަޔާންކޮށްފައިވާ ވަޞލަތްތަކުގީ އެހީގައި ކުޑަކުއްޖާ ކިޔއިދަ ކިޔައިދިނުން ކޮރޮބޮރޭޓްވާނަމަ، ކޯޓުތަކުން މައްސަލަ ސާބިތުވާ ކަމަށް ޙުކުމް ކުރުމަށް އެޤާނޫނު ހުއްދަ ކުރާކަމަށެވެ. - ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 32. - އެޤާޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 33.
25ޕްރިސިޑެންސް 3ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ކުޑަކުއްޖާގެ ހެކިބަސް އެތެރެ ފުށުންނާއި ބޭރުފުށުން އެއްގޮތްވޭތޯ ބަލަންވާނެއެވެ. ކުއްޖާގެ ހެކިބަސް އެތެރެފުށުން އެއްގޮތް ކަމަށް ބެލެވޭނީ، ކުއްޖާގެ ހެކިބަހުގައި ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނޭފަދަ ތަފްސީލްތައް ހިމެނުމާއި، ކުއްޖާ އެކި ފަހަރު މަތިން އެވާހަކަ ދައްކާއިރު، އެވާހަކަތަކުގައި ޖައުހަރީ ފުށުއެރުންތަކެއްނެތް ނަމައެވެ. މި މައްސަލައިގައި ކުޑަކުއްޖާއާމެދު ޙަސަން އަމީން ޖިންސީ ޢަމަލު ހިންގިގޮތާއި އެޙާދިސާ ހިނގިގޮތް ފެންނަން އޮތީ، ކުރިންވެސް ބަޔާންކޮށްފައިވާ ފަދައިން، މި މައްސަލައިގެ ތަޙްޤީޤުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކުޑަކުއްޖާ ދީފައިވާ ބަޔާނުންނާއި އަދި އެބަޔާން ދިންއިރު ކުރެވިފައިވާ ވީޑިއޯ ރިކޯޑިންގ އިންނެވެ. އެބަޔާނުގައި ޙަސަން އަމީނާއި ކުޑަކުއްޖާއާ ދެމެދު އޮންނަ ގުޅުމާއި ޙަސަން އަމީން މީދޫއަށް ދިޔަ ސަބަބާއު ސ.މީދޫގައި އެކުއްޖާއާއި ޙަސަން އަމީން އުޅުނު ގޮތާއި، ކުޑަކުއްޖާއާމެދު ޙަސަން އަމީން ޖިންސީ ޢަމަލު ހިންގި ދުވަހާއި ތަނާއި،ވަގުތާއި، ޖިންސީ ޢަމަލު ހިންގިގޮތުގެ ތަފްސީލުތަކާއި، ފުލުހުން ކުއްޖާދިރިއުޅޭ ގެއަށް އައިވަގތު ޢަމަލުކުރު ގޮތާއި، ޙަސަން އަމީން ފުލުހުންގަ ބެލުމުގެ ދަށަށް ގެންދެވުނު ގޮތާއި، އަދި ޖިންސީ ޢަމަލު ހިންގުމުގެ ސަބަބުން އެކުއްޖާއަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްޞީލުތައް ކިޔައިދީފައިވާ ކަމާއި، ކުޑަކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގިކަމަށް އެކުއްޖާ ކިޔައިދޭ ކިޔައިދިނުމުގައި ޖައުހަރީ ފުށުއެރުންތަކެއް ނުވަތަ ތަޢާރުޒުވުންތަކެއް ނެތްކަމާއި، އެހެންކަމުން، ކުޑަކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމކަ ޙަޤީޤަތާއެއް ގޮތަށް ތެދުބަހުން މީހަކު ވާހަކައެއް ކިޔައިދޭގޮތަށް ކިޔައިދފައިވީ ކިޔައިދިނުމއެ ކަމަށް ޤަބޫލުކުރެވޭތީ،ކުޑަކުއްޖާގެ ހެކިބަސް އެތެރެފުށުން އެއްގޮތް ކަމަށް ފެނެއެވެ.
26ކުޑަކުއްޖާގެ ހެކިބަސް ބޭރުފުށުން އެއްގޮތްތޯ ބެލުމުގައި ބަލަންޖެހޭ ކަމަކީ، ކުއްޖާ ދައްކާ ވާހަކަތަކާ ހެކިބަސްދޭ އެހެންމީހުންގެ ވާހަކަތަކާ ދިމާވުމާއި، ސައިންޓިފިކް ތަޙްލީލުތަކުން ފެންނަ ނަތީޖާއާ ކުއްޖާ ބުނާބުނުމާ ދިމާވޭތޯއެވެ. މިގޮތުން ބަލާއިރު، މި މައްސަލައިގައި އެކުއްޖާއާމެދު ޙަސަން އަމީން ޖިންސީ ޢަމަލު ހިންގިކަމަށް އެކުއްޖާ ކިޔައިދީފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިމައްސަލަ ތަޙްޤީޤު ކުރި ފަރާތަށެވެ. އެތަޙްޤީޤުކުރިއިރު، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ އެސިސްޓެންޓް ސޯޝަލް ސަރވިސް އޮފިސަރ އާސިޔަތު ޝާނިމާ ޢަލިދީދީ، ޙާޒިރުވެ އިންކަމާއި، މި މައްސަލައިގެ ހާދިސާއާގުޅޭ ގޮތުން އޭނާ ކުޑަކުއްޖާއާ ސުވާލުނުކުރިނަމަވެސް، އެކުއްޖާއާބހޭ ޖެންޑަރއިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައެ ޙަސަން އަމީން އެކުއްޖާއާމެދު ޖިންސީ ޢަމަލު ހިނގިގޮތް ކަމަށް ލިޔެފައިވާ ވާހަކަތަކަކީ އެކުއްޖާ ކިޔައިދިން ގޮތަށް ލިޔެފައިވާ ވާހަކަތަކެއް ކަމަށް ބުނެފައިވުމާއި، އެކުއްޖާގެ އިންޓަރވިއު ވީޑިއޯ ރިކޯޑިންއަށް ބަލާއިރު، އެވާހަކަ އެގޮތަށް ބުނެފައިވާ ކަމާއި، ކުއްޖާ ދިރިއުޅޭ ގެއަށް ފުލުހުން ދިއުމުން ޙަސަން އަމީން ޢަމަލުތައް ހުރި ގޮތާއި ޙަސަން އަމީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ގޮތުގެ ތަފްޞީލްތައް އެކުއްޖާ ކިޔައިދީފައިވާ ގޮތާއި މި މައްސަލައިގައި އެގެއަށް ދިޔަޕޮލސި ކޮންސްޓަބަލް އަޙްމަދު ފިރާޒް އެޙާދިސާއާގުޅޭ ގޮތުން ދީފައިވާ ހެކިބަހާ އެއްގޮތްކަން ފާހަގަކުރެވޭ ކަމާއި، ކުޑަކުއްޖާ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރ އެކުއްޖާ ބެލުމަށްފަހު ތައްޔާރުކޮށްފައިވާ މެޑިކޯ ލީގަލް ރިޕޯޓުގައި އެކުއްޖާއަށް ގެއްލުން ލިބިފައިވާ ކަމަށް ބަޔާންކޮށްފައިއޮތްއޮތުމާއި އެހާދިސާ ހިނގިދުވަހާ ޖެހިގެން އައިދުވަހުގެ ހެނދުނު އެކުއްޖާ ފާޚާނާއަށް ދިޔައިރު، އެކުއްޖާގެ ކުރިމަތި ފަރާތުން ދިލަނަގައި ވަރަށް ބޮޑަށް ތަދުވާކަމަށް އެކުއްޖާ ބުނެފައިއޮތް އޮތުމަށް ކޮރޮބްރޭޓްވާ ހެއްކެއްކަން އެނގޭތީ، ކުޑަކުއްޖާގެ ހެކިބަސް ބޭރު ފުށުން އެއްގޮތް ކަމަށް ފެނެއެވެ. ޤާނޫނުގައި ބުނެފައިވާ ޢަދަދަށްވުރެ މަދު ހެކިން ކުށް ސާބިތުވުން:
27ޕްރިސިޑެންސް 2ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަމާއްދާގައި ބަޔާންކޮށްފައިވާ 5 ބާވަތަށް ވުރެ މަދުން ހެކި ލިބިފައިހުރިކަމުގައި ވީނަމަވެސް، ޤާނޫނުއަސާސީގެ 51 ވަނަމާއްދާގެ (އ)ގައި ބަޔާންކޮށްފައިވާ ފަދައިން މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރުގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާނަމަ، އެކުށް ސާބިތުވާކަމަށް ކަނޑައެޅުމަށް ހުރަހެއްނެތް ކަމަށް މިކޯޓުގެ ނަންބަރު 2012/HC-A/129 ޤަޟިއްޔާގައި ކަނޑައަޅާފައި ވެއެވެ. އަދި މިއުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ، ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ވ. ޢަލީ ޝާހް ޤަޟިއްޔާގައި އިތުރަށް ކަށަވަރުކޮށްދީފައިވެއެވެ.
28މި މައްސަލަ ސާބިތުކުރުމަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދގާ އ ބަޔާންކޮށްފައިވަ 12 ބާވަތުގެ ހެކީގެ ތެރެއިނު 5 ބާވަތުގެ ހެކި ހުށަހަޅާފައި ނުވާކަމަށާއި، މިއީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ ބުރަ މިންގަނޑު އިތުރަށް ލުއިކޮށްދީފައިވާ މިންގަނޑެއް ކަމަށްކަމަށާއި، މިގޮތަށް ކުށް ސާބިތު ނުކުރެވޭނަމަ ދެން ރުޖޫޢު ވާންޖެހޭނީ ކުށް ސާބިތުކުރުމުގެ ޢާންމު އިޖުރާއަތަށް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/16 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމަށާއި، ނަމަވެސް މިފަދައިން ރުޖޫޢުވެފައިވާކަން ނުވަތަ ނޫންކަން، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 438/S2C/2016 ޤަޟިއްޔާއިން އެނގެން ނެތްކަމަށް ޙަސަން އަމީންގެ ފަރާތުން ފާހަގަކުރެއެވެ.
29އެމީހަކު ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުނުވާ ކޮންމެ މީހަކީ ކުށެއްނެތް މީހެއްކަމުގައި ބެލުމާއި، މީހަކު ކުށެއް ކުރިކަން ޔަޤީނާއި ގާތްކުރާ މިންވަރަށް އިޤްތިނާޢު ވެގެންމެނުވީ، މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާކަމަށް ޝަރީޢަތުން ކަނޑައަޅައިގެން ނުވާނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޮޓުގެ ނަންބަރު 2011/SC-A/34 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަމަށް ޙަސަން އަމީންގް ފަރާތުން ފާހަގަކޮށްފައިވެއެވެ. މި މައްސަލަ ސާބިތުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ކުޑަކުއްޖާއާމެދު ޙަސަން އަމީން ޖިންސީ ޢަމަލު ހިންގިކަމަށް އެކުއްޖާ ކިޔައިދީފައިވުމާއި، އެކުއްޖާއާމެދު ޙަސަން އަމީން ޖިންސީ ޢަމަލު ހިންގިކަމަށި އެކުއްޖާއާބެހޭ ގޮތުން ޖެންޑަރއިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވުމާއި އެރިޕޯޓުގައިވާ ވާހަކަތަކަކީ އެކުއްޖާ ކިޔައިދިން ގޮތަށް ލިޔެފައިވާ ވާހަކަތަކެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު A/16-SC/7201 ޤަޟިއްޔާގެ 20 ވަނަ ނަންބަރު އެރިޕޯޓު ތައްޔާރުކުރި ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ހެކި ބަސްދީފައިވުމާއި، އެކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގިކަމާއި އަދި އެކަމުގެ ސަބަބުން އެކުއްޖާއަށް އަނިޔާލިބިފައިވާ ކަމަށް އެކުއްޖާ ބުނާބުނުމަށް އެކުއްޖާގެ މެޑިކޯލީގަލް ރިޕޯޓުން ބާރުލިބޭ ކަމާއި،ޙަސަން އަމީނަމެދު، އެކުއްޖާ ހަދައިގެން އެފަދަ ވާހަކައެއް ދައްކަންޖެހފަދަ ސަބަބެއް އޮތްކަން އެނގެނޭނެތުމާއި، މި މައްސަލައިގެ ހާދިސާ ހިނގިގެއަށް ދިޔަ އަޙްމަދު ފިރާޒްގެ ބަހުން އެހާދިސާ ހިނގިކަމަށް އެކުއްޖާ ބުނުމަށް ބާރުލިބޭފަދަ ކަންތައްތަކެއް ފާހަގަވާން ހުރުމާއެކު،އެކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގިކަމަށް ޙަސަން އަމީން އޭނާގެ ގާތުގައި އިޢުތިރާފުވެފައިވާ ކަމަށް ބުނެފައިވުމާއި، މިކަންތައްތަކުގެ މައްޗަށް ބަލާއިރު، ޙަސަން އަމީން އެކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގާފައިވާކަން އެކަށީގެންވާ މިންވަރުގެ ޝައްކެއްނެތި ޝަރީޢަތަށް ޤަބޫލުކުރެވޭތީ، ޙަސަން އަމީނގް މައްޗަށް ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުވަ ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލަތަކާ ޚިލާފަށް ކަމަކަށް ނުފެނެއެވެ.
30ޕްރިސިޑެންސް 7ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުންކަމަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ. މި މައްސަލައިގައި ޙަސަން އަމީންގެ މައްޗަށް ސާބިތުވި ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ އުޤޫބތަކަށާ ޙަސަން އަމީން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އިސްތިއުނާފުކުރެވިފައި މިވާ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާ ޚިލާފު ނިންމުމެއް ކަމަކަށް ނުފެނެއެވެ.
31އެހެންކަމުން، މި މައްސަލަ އިސްތިއުނާފުކުރުމަށް ސ.ހިތަދޫ/ހުރާ، ޙަސަން އަމީނގް ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 438/S2C/2016
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ)، (ނ)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާ (ވ) ހިމެނޭ ގޮތުން
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)، (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ)، (އ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
- 2011/SC-A/23 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ޢަބްދުﷲ އާއި އިތުރު 5 މީހުން)
- 2011/SC-A/31 (އާދަމް ޙަލީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2012/HC-A/129
- 2018/SC-A/24 (މޫސާ ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2019/SC-A/77 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު)
- ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ވ. ޢަލީ ޝާހް (ސުޕްރީމް ކޯޓު)
- 2017/SC-A/16
- 2011/SC-A/34
- 2012/SC-A/01
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ހާތިފް ޙިލްމީ، މުޙައްމަދު ފައިޞަލް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: ހާތިފް ޙިލްމީ، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް