ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/440
އަޙްމަދު މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2019/HC-A/440
Ahmed Mohamed v. Prosecutor General 2019/HC-A/440 (2019/HC-A/440, High Court of the Maldives, 12 December 2021)
އަޙްމަދު މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
ނައިފަރު މެޖިސްޓްރޭޓް ކޯޓުން ދަޢުވާ ސާބިތުވީކަމަށް ނިންމައި، ޤާނޫނު ނަންބަރު 12/2009 ގެ 3 (ހ) އާ ޙަވާލާދީ 3 (ނ) ގެ ދަށުން 10 އަހަރު ޖަލަށްލުމުގެ ޙުކުމްކުރިއެވެ.
ތުހުމަތުކުރެވޭ ފަރާތާއި 15 އަހަރުގެ ކުއްޖަކު ގެއެއްގެ ކޮޓަރިއެއްގައި ތިއްބާ، ބަދުއަޚްލާޤީ ޢަމަލެއްގެ މަޢުލޫމާތަކާ ގުޅިގެން ފުލުހުން ކޯޓު އަމުރެއް ނެތި ގެއަށް ވަދެ ދެމީހުން ހައްޔަރުކުރިއެވެ. ފަހުން ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ އުފުލިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ހައްޔަރުކުރި ތުހުމަތާ ނުބައްދަލު ދަޢުވާއެއް ކޮށްފައިވާކަމަށާއި، ކޯޓު އަމުރެއް ނެތި ގެއަށް ވަނުމާއި، ފުލުހުންގެ ހެކިބަހުގެ މައްސަލަތަކާއި، މެޑިކޯ ލީގަލް ރިޕޯޓަށް ބުރަވުމާއި، ދިފާޢީ ހެއްކެއްގެ ގޮތުގައި ކުއްޖާ ހާޟިރުނުކުރުމެވެ. ދައުލަތުން ބުނީ ޙައްޤުތައް ލިބިދީފައިވާކަމަށާއި، ގެއަށް ވަނީ ފުލުހުންގެ ބާރުތަކާބެހޭ ޤަވާއިދުގެ ދަށުން، ހުއްދައާއެކު ކަމަށާއި، ކުއްޖާ ހާޟިރުކުރުމުން ރީވިކްޓިމައިޒްވާނެކަމަށެވެ.
މައިގަނޑު ސުވާލު
ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ (ޤާނޫނު ނަންބަރު 12/2009 ގެ 3 (ހ)، (ނ)) އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވީ ކަމަށް ދަށުކޯޓުން ނިންމީ ރަނގަޅަށްތޯ؛ ހައްޔަރުކުރެވުނު ތުހުމަތާ ދަޢުވާ ތަފާތުވުމާއި، ކޯޓު އަމުރެއް ނެތި ގެއަށް ވަނުމާއި، ކުއްޖާގެ ބަޔާން ޤާނޫނުގެ 48 ވަނަ މާއްދާއާ ޚިލާފަށް ނެގުމާއި، ދިފާޢީ ހެއްކެއްގެ ގޮތުގައި ކުއްޖާ ހާޟިރުނުކުރުމުގެ އަސަރަކީ ކޮބައިތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
ކުއްޖާގެ ބަޔާން ނަގާފައިވަނީ ޤާނޫނުގެ 48 ވަނަ މާއްދާ ގޮތަށް ނޫންކަމާއި، ބަޔާން ބާރުލިބޭ އިތުރު ހެކި ނެތްކަމާއި، މެޑިކޯ ލީގަލް ރިޕޯޓުން ހާދިސާއާ ގުޅޭ ތާޒާ އަނިޔާއެއް ނުދައްކާކަމާއި، ތުހުމަތާ ދަޢުވާ ތަފާތުކަމާއި، ގެއަށް ވަނީ ޤާނޫނާ ޚިލާފަށްކަމާއި، ދިފާޢީ ހެކި ނުނެގުމަށް ބަލައި، ދަޢުވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވީކަމަށް ނިންމީ ރަނގަޅަށް ނޫންކަމަށް ކޯޓުން ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން މައްސަލަ ސާބިތުވޭތޯ ވަޒަންކުރެވިދާނެއެވެ. ނަމަވެސް ހަމައެކަނި ކުއްޖާގެ ބަހުގެ މައްޗަށް ކުށް ސާބިތުކުރެވޭނީ އެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދުކަމަށް ޤަބޫލުކުރެވޭ (unusually convincing) ހެކިބަހަކަށްވާނަމައެވެ. ޤާނޫނު ނަންބަރު 12/2009 ގެ 47 ވަނަ މާއްދާގައިވާ ހެކީގެ ބާވަތްތަކަކީ ކުއްޖާގެ ބަސް ކޮރޮބޮރޭޓްކުރުމުގެ ވަސީލަތްތަކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.4، 4.7، 4.7.8، ސުޕްރީމް ކޯޓުގެ <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/pgo_v_ahmed_mukhthar_2019_SC_A_77/"><bdi class="salj-latin" dir="ltr">2019/SC-A/77</bdi></a>)
- ކުއްޖާގެ ބަސް ބޭރުފުށުން އެއްގޮތްވޭތޯ ބަލަނީ ކުއްޖާ ފުރަތަމަ ކިޔައިދިން ގޮތާއި ފަހުން އެކި ފަރާތްތަކަށް ކިޔައިދިން ގޮތް މައިގަނޑު ގޮތެއްގައި އެއްގޮތްވެ ސީރިއަސް ފުށުއެރުންތަކެއް ނެތްތޯއެވެ. އެތެރެފުށުން އެއްގޮތްވޭތޯ ބަލަނީ ތެދުބަހުން ކިޔައިދޭ މީހަކު ކިޔައިދޭނެ ފަދަ ތަފްޞީލުތައް ހުރިތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.7.1-4.7.2، 4.7.6)
- ޤާނޫނު ނަންބަރު 12/2009 ގެ ބޭނުމަށް ކުޑަކުއްޖެއްގެ ހެކިބަސް ހޯދަންވާނީ ކޯޓާއި ފުލުސް އޮފީހުން ބޭރުގައި، ކުއްޖާއަށް ފަރިތަ މާޙައުލެއްގައި، ކުއްޖާއަށް އިތުބާރުކުރެވޭ ބައެއްގެ ހާޟިރުގައި، އިންޓަވިއު ވީޑިއޯ ރެކޯޑުކޮށްގެންނެވެ (48 ވަނަ މާއްދާ). ކުއްޖާ ފުލުހުންގެ އިދާރާއަށް ހާޟިރުކޮށް، ތުހުމަތުކުރެވޭ ފަރާތަކަށް ދޭ ޙައްޤުތައް އަންގައި، ހާދިސާއާ ގާތްގަނޑަކަށް 6 މަސް ފަހުން ނަގާފައިވާ ބަޔާނަކީ އެ ޤާނޫނާ އެއްގޮތަށް ނަގާފައިވާ ހެކިބަހެއްކަން ކަށަވަރެއް ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.6.1-4.6.4، 4.10)
- ހައްޔަރުކުރެވޭ މީހަކަށް ހައްޔަރުކުރެވުނު ސަބަބު ވަގުތުން އަންގަންވާނީ (ޤާނޫނުއަސާސީގެ 48 (ހ)) ޠަޢުނުކުރެވޭ ވަރަށް ސާފުކޮށް އޮޅުން ފިލާގޮތަށް، ޤާނޫނީ އަދި މާއްދީ އަސާސް ބަޔާންކޮށެވެ. ހައްޔަރުކުރެވުނީއާއި ތަޙުޤީޤު ކުރިއަށް ދިޔައީ ބަދުއަޚްލާޤީ ޢަމަލެއްގެ ތުހުމަތުގައި ކަމަށްވާނަމަ، ދަޢުވާކުރި ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށަކީ ތުހުމަތުކުރެވި އަންގާފައިވާ ކުށެއް ކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.11.3-4.11.4، 4.14، ސުޕްރީމް ކޯޓުގެ <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/qasim_ibrahim_v_maldives_police_service_2010_SC_A_19/"><bdi class="salj-latin" dir="ltr">2010/SC-A/19</bdi></a>)
- ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ އަސާސީ ޙައްޤެއް ހަނިކުރެވޭނީ 16 (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެކަނިއެވެ. ޤާނޫނަކުން ހަނިނުކުރާ ޙައްޤެއް ޤަވާޢިދެއްގެ ދަށުން ހަނިނުކުރެވޭނެއެވެ. އެހެންކަމުން ފުލުހުންގެ ބާރުތަކާބެހޭ ޤަވާޢިދުގެ 10 (ހ) (5) ގެ ދަށުން، ކޯޓު އަމުރެއް ނެތި، އެ ގޭގައި ނުދިރިއުޅޭ މީހެއްގެ ހުއްދައަކަށް ބިނާކޮށް ތަޅުލާފައިވާ ގެއަކަށް ވަނުމަކީ ޤާނޫނުއަސާސީގެ 24 އާއި 47 (ށ) އާ ޚިލާފު، ޤާނޫނީ ގޮތުން ހުއްދަ ނޫން ވަނުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.12.2-4.12.4، ސުޕްރީމް ކޯޓުގެ <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/prosecutor_general_s_office_v_hussain_sabaah_2014_SC_A_18/"><bdi class="salj-latin" dir="ltr">2014/SC-A/18</bdi></a>)
- ދިފާޢީ ހެކިން ހާޟިރުކޮށްދިނުމަށް އެދުމާއި އެ ހެކިންނާ ސުވާލުކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާން ތުހުމަތުކުރެވޭ ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤެކެވެ. އެއީ ދައުލަތުގެ ރުހުމަށް ބިނާވާ ޙައްޤެއް ނޫނެވެ. ރީވިކްޓިމައިޒްވުމުގެ ފުރުޞަތު އޮތުމަކީ އެ ޙައްޤު ނިގުޅައިގަތުމުގެ ސަބަބެއް ނޫނެވެ. ކުޑަކުއްޖެއްގެ ބަސް ހޯދަންޖެހޭނަމަ ޤާނޫނު ނަންބަރު 12/2009 ގައިވާ ގޮތަށް ޢަމަލުކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.15.4)
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ބޮޑު ކުށެއް ނަމަވެސް، ތުހުމަތުކުރެވުމަކީ ކުށް ކުރިކަމެއް ނޫނެވެ. އެ ކުށް ސާބިތުކުރަންވާނީ ޤާނޫނުއަސާސީގެ 51 (އ) ގެ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށެވެ. ކުރިކަމަށް ވަރަށް ބޮޑަށް ހީވުމަކީ ސާބިތުކުރުމަށް ފުދޭ މިންގަނޑެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.16)
ޢަބްދުއްރައޫފު އިބްރާހީމް ތާއީދުކުރެއެވެ . ދަޢުވާގެ ޚުލާޞާ : 1- މިއީ، ޅ.ނައިފަރު/ ނޫރާނީމާގެ، އަޙްމަދު މުޙައްމަދު 2016 ސެޕްޓެންބަރު 11ވަނަ ދުވަހުގެ ރޭ 21:40 އެހައިކަށްހާއިރު، ކުއްޖާ )15 އަހަރު( ދިރިއުޅޭ ގޭގެ ކޮޓަރީގައި ހުއްޓައި، އަޙްމަދު މުޙައްމަދު އެ ކޮޓަރިއަށް ވަދެ ކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގާފައިވާތީ، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ގެ 3ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ އެ މާއްދާގެ )ނ( ގެ ދަށުން އަޙްމަދު މުޙައްމަދު ގެ މައްޗަށް ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ 05 ސެޕްޓެންބަރު 2017 ގައި ދައުލަތުގެ ފަރާތުން ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބައްލަވާ ފައިވާ އެ ކޯޓުގެ ނަންބަރު 256/G2C/2017 ޤަޟިއްޔާ ނިންމަވާ ފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އަޙްމަދު މުޙައްމަދު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާ ފައިވާ ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވު ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލެވެ . ދަށު ކޯޓުން މައްސަލަ ނިންމިގޮތް : 2- އިސްތިއުނާފުކުރެވިފައިވާ ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 256/G2C/2017 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ ] :ދެންފަހެ، ޅ.ނައިފަރު / ނޫރާނީމާގެ، އަޙްމަދު މުޙައްމަދު 11 ސެޕްޓެންބަރު 2016 ދުވަހުގެ ރޭ 21:40 އެހައިކަށްހާއިރު، )ކުއްޖާގެ ނަމާއި އެޑްރެސް ( )15އަހަރު( ދިރިއުޅޭ )އެޑްރެސް ( ގޭގެ ކޮޓަރީގައި ހުއްޓައި، މީނާ އެކޮޓަރިއަށް ވަދެ )ކުއްޖާ ( އާއެކު ޖިންސީ ޢަމަލު ހިންގާފައިވާތީ ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ގެ 3ވަނަ މާއްދާގެ ހ އާ ހަވާލާދީ އެ މާއްދާގެ ނ ގެ ދަށުން އަޙްމަދު މުޙައްމަދު ގެ މައްޗަށް ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ 05 ސެޕްޓެންބަރު 2017ގައި ދައުލަތުން ހުށަހެޅުމުން ބަލައިދެވުނު މިމައްސަލަ ޝަރީޢަތުން ބެލިބެލުމުން މިދަޢުވާއަށް އަޙްމަދު މުޙައްމަދު އިންކާރު ކުރުމުން މިދަޢުވާ ޝަރީޢަތަށް ޘާބިތުކޮށްދިނުމަށް ދައުލަތުން ހުށަހަޅާފައިވާ ހެތްކާއި ޤަރީނާތަކަށް ޝަރީޢަތުން ނަޒަރުކޮށް ބެލުމުން ޢާއްމު ފަރާތަކުން ފޯނުން ގުޅައި ހއ.ހޯރަފުށި ޕޮލިސް ސްޓޭޝަންއަށް ދިން މަޢުލޫމާތަކާ ގުޅިގެން )ކުއްޖާ ދިރިއުޅޭ ގެއަށް ( ދިޔަ ފުލުހުން އެގެއަށް ދިޔައިރު އެގޭ ކޮޓަރިއެއްގެ ތެރޭގައި މައްސަލާގައި އަނިޔާލިބުނު )ކުއްޖާ ( ފޫޅުން ތިރި ބަރަހަނާކޮށް ހުއްޓާ ފެނުނުކަމަށާއި، އަދި އަޙްމަދު މުޙައްމަދު އެކޮޓަރީގެ ތެރެއިން ލާފައި ދެވޭ ގޮތަށް ހުންނަ ފެންގިފިޔެއްގެ ތެރޭގައި ފޫޅުން ތިރިން އެއްޗެއް ނުލާ ހުރިތަން ދުށްކަމަށްބުނެ ސީނަށް އެޓެންޑްވި ހުރިހާ ފުލުހުން ޝަރީޢަތުގެ މަޖިލިސްގައި ހެކިބަސް އަދާކޮށްފައިވާތީ، އަދި ކުއްޖާއާ ގުޅޭގޮތުން ތައްޔާރު ކުރެވިފައިވާ މެޑިކޯ ލީގަލް ރިޕޯޓުގެ ޞައްޙަކަމާމެދު ދިފާޢުން ސުވާލު އުފައްދާފައި ނުވާތީ، އަދި ހއ.ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުން 03 އޮކްޓޯބަރު 2016 ދުވަހު ތައްޔާރުކޮށްފައިވާ )ކުއްޖާ ( ގެ އެސެސްމަންޓް ރިޕޯޓްއަށާ، މި މައްސަލާގައި ހިމެނޭ ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓަށް ރިޢާޔަތްކޮށް، އަދި ތުހުމަތުކުރެވޭ ފަރާތާބެހޭ ގޮތުން ހަޤީޤަތެއްނެތް ވާހަކަތަކެއް ހަދައިގެން ނުވަތަ އަލަށް އުފައްދައިގެން ކިޔާދިނުންކަމަށް ބެލޭނެ ސަބަބެއްނެތަތީ ކުއްޖާ ކިޔާދީފައިވާ ކިޔާދިނުމާ މިމައްސަލާގައި ލިބިފައިވާ ހެއްކާ ގުޅުވާލެވޭތީ ކުއްޖާ މިމައްސަލާ ގެ ކަންވީގޮތް ކ ޔާދީފައިވަނީ ހިނގިތާ ދާދިކައިރި ވަގުތެއްކަމުގައިވާތީ، އަދި ޤާނޫނު ނަންބަރު 2009/12 ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫ ލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ މަޤްޞަދަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/14 ޤަޟިއްޔާއާއި 2012/HC-A/129 ނަމްބަރު ޤަޟިއްޔާއަށް ބެލުމުން 2009/12 ގެ 47ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކީގެ މިންގަޑު ލުއިކޮށް 47ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 5 ބާވަތުގެ ހެކި ހުރުން ލާޒިމުނޫންކަމަށް ކަނޑައަޅާފައިވާތީ، އަދި މިބާވަތުގެ ޙާދިޘާތަކުގެ ޠަބީޢަތަށް ބަލާއިރު މިބާވަތުގެ ޙާދިޘާތަކަކީ ޢާންމުގޮތެއްގައި ނިވާކަންބޮޑު ގޮތެއްގައި ހިނގާ ޙާދިސާތަކެއްކަމަށްވެފައި، މިޙާލަތުގައި މިމައްސަލާގައި ސީދާލޮލަށް ފެނުނު ހެކިން ތިބި ތިބުމަކީ އަޙްމަދު މުޙައްމަދު ގެ މައްޗަށް ކޮށްފައިވާ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށްއިތުރު ބުރަދަނެއް ދޭން ޖެހޭނެކަމެއް ކަމަށްވާތީ، ދައުލަތުން މައްސަލަ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެއްކެއް ނަފީކުރެވޭ ވަރުގެ އެއްވެސް ހެއްކެއް ދިފާޢުން ހުށަހަޅާފައިނުވާތީ، ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން މައްސަލަ ސާބިތުވާވަރަށް ހެކި ލިބިފައިވާތީ، ޤާނޫނުއަސާސީ ގެ 51ވަނަ މާއްދާގެ އ ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް މިދަޢުވާ ޝަރީޢަތަށް ޘާބިތުވެއްޖެކަމަށް ކަނޑައަޅާ، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުން ޅ.ނައިފަރު ނޫރާނީމާގެ އަޙްމަދު މުޙައްމަދު ކުށްވެރިވެއްޖެކަމަށްވެސް ކަނޑައަޅާ މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 2009/12 ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 03ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ އެމާއްދާގެ )ނ( ގެ ދަށުން ޅ.ނައިފަރު ނޫރާނީމާގެ އަޙްމަދު މުޙައްމަދު 10 )ދިހައެއް ( އަހަރު ދުވަހަށް ޖަލަށްލުމަށް ނިޔާ ކަނޑައަޅާ ޙުކުމްކޮށްފީމެވެ [ މިފަދައިން ކަން އެނގެން އޮވެއެވެ . އިސްތިއުނާފީ ނުކުތާ ތައު: 3- ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 256/G2C/2017 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އަޙްމަދު މުޙައްމަދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް 05 )ފަހެ އ ( ނުކުތާ ފާހަގަކޮށް އެ ނުކުތާތަކާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ . އެ ގޮތުން ފާހަގަކުރި : ފުރަތަމަ ނުކުތާއަކީ : ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ގެ 48ވަނަ މާއްދާގެ )ހ(އާއި، )ރ( އާއި، 51ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކަށް ވަގުތުން ހައްޔަރުކުރެވުނު ސަބަބު އަންގަ ންވާނެކަމާއި، އަދި 24 ގަޑިއިރުގެ ތެރޭގައި ލިޔުމުން ހައްޔަރުކުރެވުނު ސަބަބު އަންގާންވާނެކަން އެނގެ ން އޮތްއިރު، ތުހުމަތުކުރި ކުށާއި، ނުބައްދަލު ދަޢުވާއެއް ކޮށްފައިވުމާއި، އަދި ދަޢުވާކުރުމުގެ ޢާންމު އިޖުރާއީ މިންގަޑާ ޚިލާފަށް ނުއުފުލޭ ކުށެއްގެ ތުހުމަތުގެ މައްޗަށް ބިނާވެފައިވާ ދަޢުވާ ސާބިތުކޮށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ދެވަނަ ނުކުތާއަކީ : ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ގެ 24ވަނަ މާއްދާއާ ޚިލާފަށް ފުލުހުން 2016 ސެޕްޓެންބަރު 11ވަނަ ދުވަހުގެ ރޭ ޢާންމު ފަރާތަކުން ދިން މަޢުލޫމާތެއްގެ މައްޗަށް ކަމަށްބުނެ )ކުއްޖާ( އުޅޭ ގެއަށް ފުލުހުންގެ ޤާނޫނުގައި ކޯޓު އަމުރާ ނުލައި ވަދެވޭނެކަމަށް ބަޔާންކޮށްފައިވާ ޙާލަތްތަކާ ޚިލާފަށް އެގެއަށް ވަދެ ތުހުމަތުކުރެވުނު ދެ ފަރާތް ހައްޔަރުކޮށް ބަލާފާސްކޮށްފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ތިންވަނަ ނުކުތާއަކީ : ޕޮލިސް ސަރޖަންޓް ޙުސައިން ފައިޞަލް )ސަރވިސް ނަންބަރު : 2047( އާއި އިތުރު ފުލުހުން ސީން އޮތްކަމަށް ބުނާ ގޭގެ ކޮޓަރިއަށް ވަދެ ފެނުނު ކަމަށް ބުނާ މަންޒަރުތައް ކިޔައިދީފައިވާ ތަޙްޤީޤު ބަޔާންތަކުގައި މުޅިން ހެން އެއްމޭރުމުން ކިޔައިދީފައިވާއިރު، މިއީ އެހާ ގިނައިރު ސީންއަށް ވަންނާން މަސައްކަތްކުރި ބަޔަކަށް އެއްގޮތަކަށް ފެނުނު ކަމަށް ބުނާ ގޮތާމެދު މުސްތަޙީލް ދަރަޖައިގެ ތެރޭގައި ހިމެނޭ ކަމެއްކަމަށްވެފައި، މުއްތަހަމުގެ މައްޗަށް ޢަ ދާވާތްތެރިކަމެއް އުފަންވެފައިއޮވެދާނެ ކަމާމެދު ޝައް ކުތަކެއް ސީންގައި ޙަރަކާތްތެރިވެފައިހުރި ފުލުހުންގެ ތެރޭގައި އުފަންވެފައިއޮވެދާނެ ފަދަ ކަންކަން އޮތްއިރު، މި ކަންކަމަށް ނުބައްލަވާ މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ހަތަރުވަނަ ނުކުތާއަކީ : މެޑިކަލް ލީގަލް ރިޕޯޓަށް ބެލުމުން )ކުއްޖާ ( އާމެދު ދަޢުވާލިބޭ އަޙްމަދު މުޙައްމަދު އެއްވެސް ޖިންސީ ޢަމަލެއް ހިނގާފައިވާކަމަށް ދަލީލުކުރާ ހެއްކެއް ނެތި، އެ ރިޕޯޓާމެދު ޞައްޙަކަމާމެދު ދިފާޢުން ސުވާލު އުފައްދާފައި ނުވާކަމަށް ބުނެ އެ ރިޕޯޓު ހެއްކެއްގެ ގޮތުގައި ބަލާ މައްސަލަ ސާބިތުކުރުމަށް ބުރަދަން ދީފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ފަސްވަނަ ނުކުތާއަކީ : )ކުއްޖާ ( އާއި އަޙްމަދު މުޙައްމަދާ ދެމީހުންނަށް ފުލުހުން ބިރުދައްކައި، އަޙްމަދު މުޙައްމަދަށް އަނިޔާކުރިކަން ސާބިތުކުރުމަށް )ކުއްޖާ ( ދިފާޢީ ހެއްކެއްގެ ގޮތު ގައި ހުށަހެޅިހިނދު، އަދި އެ އުމުރު ފުރައިގެ ކުއްޖަކު ޝަރީޢަތުގެ މަޖިލީހަށް ހެކިބަހަށް ޙާޟިރުކުރުމަށް ޤާނޫނީ ހުރަހެއް ނެތްއިރު، )ކުއްޖާ ( ޙާޟިރުކޮށްދީފައިނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ފާހަގަކުރެވުނު ނުކުތާތައް : 4- ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 256/G2C/2017 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އަޙްމަދު މުޙައްމަދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާ ތަކަށާއި، އެ ނުކުތާތަކާ ގުޅިގެން ދެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
4.1- ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 256/G2C/2017 ޤަޟިއްޔާއިން، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ގެ 3ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ އެ މާއްދާގެ )ނ( ގެ ދަށުން، ޅ.ނައި ފަރު / ނޫރާނީމާގެ، އަޙްމަދު މުޙައްމަދުގެ މައްޗަށް ކުޅަ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާގައި، ދައުލަތުން މައްސަލަ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން މައްސަލަ ސާބިތުވާވަރަށް ހެކި ލިބިފައިވާތީ، ޤާނޫނުއަސާސީގެ 51ވަނަ މާއް ދާގެ )އ( ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް މި ދަޢުވާ ޝަރީޢަތަށް ޘާބިތުވެއްޖެކަމަށް ކަނޑައަޅަ އ، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުން، އަޙްމަދު މުޙައްމަދު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އ ޞލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު (ގެ 3ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ އެ މާއްދާގެ )ނ( ގެ ދަށުން، އަޙްމަދު މުޙައްމަދު 10 )ދިހައެއް ( އަހަރު ދުވަހަށް ޖަލަށް ލުމަށް، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 256/G2C/2017 ޤަޟިއްޔާގައި ޙުކުމްކުރައްވާފައި ވެއެވެ .
4.2- އަޙްމަދު މުޙައްމަދުގެ މައްޗަށް، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ގެ 3ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ އެ މާއްދާގެ )ނ( ގެ ދަށުނ، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ކޮށްފައިވަނީ، އަޙްމަދު މުޙައްމަދު 2016 ސެޕްޓެންބަރު 11ވަނަ ދުވަހުގެ ރޭ 21:40 އެހައިކަށްހާއިރު، )ކުއްޖާ ( )15 އަހަރު( ދިރިއުޅޭ ގޭގެ ކޮޓަރީގައި ހުއްޓައި، އަޙްމަދު މުޙައްމަދު އެ ކޮޓަރިއަށް ވަދެ )ކުއްޖާ ( އާއެ ކ ޖިންސީ ޢަމަލު ހިންގާފައިވކަމަށް ބަޔާންކޮށެވެ . ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 256/G2C/2017 ޤަޟިއްޔާގައި ދައުލަތުން އަޙްމަދު މުޙައްމަދުގެ މައްޗަށް ކުރި ދަޢުވާއަށް އެ ފަރާތުން އިންކާރުކޮށްފައި ވެއެވެ .
4.3- ޤާނޫނު ނަންބަރު: 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު (ގެ 3ވަނަ މާއްދާގެ )ހ( ގައި ބަޔާން ކޮށްފައިވަނީ؛ ]މީހަކު، ކުޑަކުއްޖެއްގެ ހަށިގަނޑުގައި، ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލައިފިކަމަށްވާނަމަ، އެކުރަނީ ކުށެކެވެ[. އަދި )ނ( ގައި ބަޔާންކުރަނީ : ]މި މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާ ކުށް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ .[ މި ފަދައިންނެވެ . ]ޖިންސީ ނިޔަ ތާއެކު އަތްލުން [ މި މާއްދާގެ )ށ( ގައި ބަޔާންކޮށްފައިވެއެވެ . އެ ގޮތުން )ށ(ގައި ބަޔާންކުރަނީ : ]މި މާއްދާގެ ބޭނުމަށްޓަކައި، ޖިންސީ ނިޔަތަކާއެކު އަތްލުން ކަމަށް ބުނެފައި އެ ވަނީ، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އަތްލުމެވެ . )1( ކުޑަކުއްޖާގެ ކުރިމަތިފަރާތުގައި، ނުވަތަ ފުރަގަސްފަރާތުގައި ނުވަތަ ޖިންސީ އެހެންވެސް ގުނަވަނެއްގައި، ނުވަތަ ޖިންސީ އަރާމެއް ހޯދައިގަނެވޭނެ ހިސާބެއްކަމުގައި ބެލެވޭ ތަނެއްގައި އަތްލުން . )2( ތިމާގެ ސީދާ އަތުން، ނުވަތަ އެއްޗެއް މެދުވެރިކޮށް އަތްލުން .[ މިފަދައިންނެވެ . މި މާއްދާއަށް ނަޒަރުކުރާއިރު، މި މާއްދާގެ )ހ( އާ ޙަވާލާދީ މި މާއްދާގެ )ނ( ގެ ދަށުން، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އަޙްމަދު މުޙައްމަދުގެ މައްޗަށް ކޮށްފައިވާއިރު، އެ އަކުރުގައި އޮންނަނީ، މީހަކު، ކުޑަކުއްޖެއްގެ ހަށިގަނޑުގައި، ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލައިފިކަމަށްވާނަމަ، އެކުރަނީ ކުށެއް ކަމަށެވެ . ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުން، އެއީ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުންކަމަށް ބެލެވޭނެއެވެ .
4.4- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތައް ސާބިތު ކުރުމުގައި ހެކި ހުންނަންޖެހޭ މިންވަރާއި، އެ ހެކި ވަޒަންކުރާނެ މިންގަނޑު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާގައި ބަޔާން ކޮށްދީފައިވެއެވެ . އެޤަޟިއްޔާގެ 32، 33 އަދި 47ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ؛ ]32. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ގިނަ މައްސަލަތައް ބިނާވެފައި ހުންނަނީ ކުއްޖާ ކިޔައިދޭ ކިޔައިދިނުމުގެ މައްޗަށް ކަމަށްވާތީވެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫ ލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ކުށް ސާބިތުކުރުމުގެ މިންގަނޑު ލުއި ކުރުމަށް އެކުލަވާލާފައިވާ ހެކީގެ އުޞޫ ލަކީ، ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން މައްސަލަ ސާބިތުވޭތޯ ނުވަތަ ނުވޭތޯ ވަޒަން ކުރުމެވެ . ހަމައެކަނި ކުއްޖާ ކިޔައިދޭ ބަހުގެ މައްޗަށް ބިނާކޮށްގެން ކުޑަކުދީންނާމެދު ހިންގާ ޖިނާއީ ކުށްތައް ސ ބިތުކުރެވޭނ، އެ ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް އެއީ ތެދުކަމަށް ޤަބޫލުކުރެވޭ ހެކިތަކަކަށް ވާނަމައެވެ . އެ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫ ލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47ވަނަ މާއްދާގައި 12 ބާވަތެއްގެ ހެކި ވަކިވަކިން ލިސްޓުކޮށްފައި އެވަނީ އެ ކުއްޖާގެ ހެކިބަހަކީ އެއީ އާދަޔާ ޚިލާފަށް ތެދުކަމަށް ގަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމުގެ ގޮތުން ފަނޑިޔާރުންނަށް ބޭނުން ކުރެވިދާނެ ވަސީލަތެއްގެ ގޮތުންނެވެ . ނުވަތަ ކުޑަކުއްޖާ ދީފައިވާ ހެކިބަސް ކޮރޮބޮރޭޓްކުރުމުގެ ވ ސީލަތްތަކެއްގެ ގޮތުގައެވެ .
33ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫ ލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47ވަނަ މާއްދާއިން ގާއިމުކޮށްފައިވާ ހެކިބަހުގެ އުޞޫ ލުކަމުގައިވާ، ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން، އެ މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ އެހީގައި ކުޑަކުއްޖާ ކިޔައިދޭ . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/257 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 03ވަނަ ނަންބަރުގެ )ރ.( ކިޔައިދިނުން ކޮރޮބޮރޭޓްވާނަމަ، ކޯޓުތަކުން މައްސަލަ ސާބިތުވާކަމަށް ޙުކުމްކުރުމަށް މި ޤާނޫނު ހުއްދަކޮށްފައިވެއެވެ.
47އަނިޔާ ލިބުނު ކުޑަކުއްޖާގެ ހެކިބަހުގެ މައްޗަށް ބިނާވެފައިވާ، ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ކުޑަކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ ހެކިބަހަކަށްވާނަމަ، އެ ހެކިބަހުގެ މައްޗަށް ދަޢުވާ ސާބިތުކުރެވޭނެކަމަށް ތަހުޒީބުވެފައިވާ ގައުމުތަކުގެ ކޯޓުތަކުން ކަޑައަޅާފައިވެއެވެ .[ ކުޑަކުއްޖާ ދީފައިވާ ހެކިބަހުގެ ތެރޭގައި، މި ޙާލަތުގައި، އަނިޔާ ލިބުނު ކުއްޖާ އަނިޔާލިބުނު ހާދިސާ ކިޔައިދިނުމުގައި ބުނާ ބުނުމެއް ނުވަތަ ދައްކާ ވާހަކައެއްވެސް ހިމެނޭ ކަމަށް ބެލެވިދާނެކަން އެނގެއެވެ .
4.5- އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި، ލިބިފައިވާ ހެކިތަކަކީ :
4.5.1- )ކުއްޖާ ( ތަޙްޤީޤަށް ދީފައިވާ ބަޔާނާއި ؛
4.5.2- ހާދިސާ ހިނގިކަމަށް ބުނާ ގެއަށް ދިޔަ ފުލުހުން )06 ފުލުހެއް ( ތަޙްޤީޤަށް ދީފައިވާ ބަޔާނާއި؛ )ފުލުހުންގެ ފަރާތުން ސާބިތުކުރަން ބޭނުންވި ކަމަކީ، އެ ގޭގައި ބަޔަކު ބަދުއަޚްލާޤީ ޢަމަލު ހިނގާކަމަށް ފުލުހުންނަށް ލިބުނު މޢު ލޫމތަކާ ގުޅިގެން ފުލުހުން އެގެއަށް ދިޔައިރު، އެގޭ ކޮޓަރިއެއްގެ ތެރޭގައި )ކުއްޖާ ( ފޫޅުންތިރި އެއްކޮށް ބަރަހަނާކޮށް ހުރިކަމާއި، އެ ކޮޓަރިން ވ ދެވެން ހުރި ގިފި އ ޔެއްގެ ތެރޭ ގައި ޅ.ނައިފަރު/ ނޫރާނީމާގެ، އަޙްމަދު މުޙައްމަދުފޫޅުންތިރި އެއްކޮށް ބަރަހަނާކޮށް ހުރިކަން ސާބިތުކުރުމުގެ ގޮތުންކަމާއި، އަދި އެއީ، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ގެ 47ވަނަ މާއްދާގެ )ނ( ގައި ބަޔާންކުރާ ]ލޮލަށް ފެނުނު މީހުންގެ ހެކީގެ ބަޔާން [ ގެ ގޮތުގައެވެ .(
4.5.3- ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލަށް ކުއްޖާ ދެއްކުމުން އެ ހޮސްޕިޓަލުން ތައްޔާރުކުރި ނަންބަރު HAAH-R/2016/012/CA މެޑިކޯ ލީގަލް ރިޕޯޓާއި، އެ ރިޕޯޓް ތައްޔާރުކުރި ޑރ. މޮންޑްރޫ ނަރާސައިއާހްއާއި ؛ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު: A/24-2018/SCޤަޟިއްޔާގެ 26ވަނަ ނުކުތާއާ ގުޅިފައިވާ 13ވަނަ ފުޓްނޯޓް .
4.5.4- )ކުއްޖާ(ގެ އިޖުތިމާޢީ ޙާލަތު ދެނެގަތުމަށް 03 އޮކްޓޫބަރު 2016 ގައި ހއ. ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރގެފަރާތުން ތައްޔާރުކުރި އެ އިދާރާގެ ނަންބަރު FCSC-A/CH/2016/33 ކޭސް ރިޕޯޓާއި، އެ ރިޕޯޓު ތައްޔާރު ކުރި ކޭސް ވޯކަރ ޢާއިޝަތު ޝަޒުނާ އެވެ .
4.6- މި މައްސަލައިގެ ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިތައް ބިނާވެފައިވާ މައިގަނޑު އަސާސަކީ )ކުއްޖާ ( ތަޙްޤީޤަށް ދީފައިވާ ބަޔާނެވެ. އެ ބަޔާނަކީ މައްސަލައިގައި ޙަވާލާދޭ ހާދިސާ ހިނގިތާ 6 )ހައެ އ ( މަހއާ
3 )ތިނެއް ( ދުވަސް ފަހުން ތަޙުޤީޤަށް ނަގާފައިވާ ބަޔާނެކެވެ . ބަޔާން ލިޔެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުގެ ލެޓަރހެޑްގައެވެ . ކުޑަކުއްޖެއްގެ ހެކިބަސް ހޯދުން :
4.6.1- ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ ބޭނުމަށްޓަކައި ކުޑަކުއްޖެއްގެ ހެކިބަސް ހޯދަން ޖެހިއްޖެނަމަ އެ ކަން ކުރާނީ ކިހިނެއްތޯ ބަލާލުން މުހިންމެވެ . އެ ގޮތުން ބަލާއިރު، ކުޑަކުއްޖެއްގެ ހެކިބަސް ހޯދަންޖެހިއްޖެނަމަ އެ ކުއްޖެއްގެ ހެކިބަސް ހޯދާނެގޮތް، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( ގައި ބަޔާންކޮށްފައިވެއެވެ . އެ ޤާނޫނު ގެ 48ވަނަ މާއްދާ ގައި އެ ޤާނޫނުގެ ބޭނުމަށްޓަކައި، ކުޑަކުއްޖެއްގެ ހެކިބަސް ހޯދާކަމަށްވާނަމަ އެ ކުއްޖެއްގެ ހެކިބަސް ހޯދަންވާނީ ކޯޓުން ބޭރުގައި، ޝަރީޢަތުގެ މަޖިލީހުން ބޭރުގައި، ފުލުސް އޮފީހުން ބޭރުގައި، އެ ކުއްޖާއަށް ފަރިތަ މާޙައުލެއްގައި، އެ ކުއްޖާ ދެކެފަރިތަ، އެ ކުއްޖާއަށް އިތުބާރުކުރެވޭ ބައެއްގެ ހާޒިރުގައި، އިންޓަވިއުކޮށްގެން، އެ އިންޓަވިއު ވީޑިއޯ ރެކޯޑުކޮށްގެން ކަމަށް ބަޔާންކޮށްފައިވެއެވެ .
4.6.2- މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ބޭނުމަށް މި މައްސަލައިގައި ހިމެނޭ ކުއްޖާގެ އިންޓަވިއުގެ ވީޑިއޯ ހުށަހެޅުމަށް ޝަރީޢަތުގެ ފަރާތުން އެންގުނެވެ . އެ ކަމާ ގުޅިގެން ދައުލަތުގެ ފަރާތުން )ކުއްޖާ( 2017 މާރިޗު 14ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާން. ޤާނޫނު ނަންބަރު 2009/12 ދިވެހިރާއްޖޭގެ ހައިކޯޓަށް ލިޔުމުން ފޮނުވި ސިޓީގައި ބަޔާންކޮށްފަ އިވަނީ، ]ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ތަހުޤީޤު މަރުޙަލާއިން ފެށިގެން އެ ރެކޯޑިންގ ގެއްލިފައިވާތީ، އެ ރެކޯޑިންގ މި ސިޓީއާއެކު ފޮނުވިފައިނުވާނެއެވެ [. މި ފަދައިންނެވެ .
4.6.3- މި މައްސަލައިގައި ހިމެނޭ ކުއްޖާ ދީފައިވާ ބަޔާނަކީ ހެކި ބަހެއްތޯ ނުވަތަ އެ ކުއްޖާގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވިގެން ތަޙުޤީޤަށް ދީފައިވާ ބަޔާނެއްތޯ ވިސްނާލުމަކީ ނެތްކަމެއް ނޫނެވެ . މި ފަދަ މައްސަލަތަކުގައި އަނިޔާލިބޭ ކުދިންގެ ބަޔާން ނެގުމަށް ޤާނޫނު ލާޒިމުކުރާގޮތް ކުރިން ބަޔާންކުރެވިއްޖެއެވެ . މި މައްސަލައިގައި ހިމެނޭ ކުއްޖާގެ ބަޔާނުގެ ވީޑިއޯ ރެކޯޑިން ތަޙުޤީޤު މަރުޙަލާއިން ފެށިގެންވެސް ނެތްކަން ދައުލަތުގެ ބަހުން އެނގެން އޮވެއެވެ . އެހެން ކަމުން މި މައްސަލައިގައި ހިމެނޭ ކުއްޖާގެ ބަޔާން ނަގާފައިވަނީ ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ބޭނުމަށްޓަކައި، ހެއްކެއްގެ ގޮތުގައި ބަޔާން ނެގުމަށް އެ ޤާނޫނުގައި ބުނާގޮތާ އެއްގޮތަށް ކަން ޝަރީޢަތަށް ކަށަވަރެއް ނުކުރެވެއެވެ .
4.6.4- މައްސަލައިގައި ހިމެނޭ ކުއްޖާ ދީފައިވާ ބަޔާނުގައިވާ ]މި މައްސަލައިގައި ފުލުހުންވަނީ އަޅުގަނޑަށް ޤާނޫނީ ގޮތުން ލިބިދޭންޖެހޭ ހަނުހުރުމުގެ ޙައްޤާއި ޤާނޫނީ ވަކީލެއްގެ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ދީފައެވެ . ނަމަވެސް މީގެން އެއްވެސް ޙައްޤެއް ބޭނުން ހިފާފައެއް އަޅުގަނޑު ނުވާނެއެވެ [. މި ޢިބާރާ ތާމެދު ވިސްނާލުމުނ، ކުއްޖާ ދީފައިވާ ބަޔާނަކީ، ކުއްޖާގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވިގެން، އެ ކަމާ ގުޅިގެން ތަހުޤީޤަށް ދީފައިވާ ބަޔާނެއް ކަމަށް ބެލުމުގެ ފުރުސަތު ވަރަށް ބޮޑެވެ . އެހެނީ، މައްސަލައަކާ ގުޅިގެން ހެކި ބަހެއް ދޭ ފަރާތަކަށް ނުވަތަ މައްސަލައިގައި އަނިޔާލިބުނު ފަރާތަކަށް ހަނުހުރުމުގެ ޙައްޤާއި ޤާނޫނީ ވަކީލެއްގެ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ފުލުހުން ދޭންޖެހޭ ސަބަބެއް ނެތެވެ . އެހެންކަމުން ކުއްޖާ ދީފައިވާ ބަޔާނަކީ ހެކި ބަހެއް ކަމާމެދު ސުވާލު އުފެދެއެވެ . ހަމަ އެހެންމެ އެ ބަޔާނަކީ އަނިޔާލިބުނު ފަރާތެއްގެ ގޮތުން ދީފައިވާ ބަޔާނަކާމެދުވެސް ސުވާލުއުފެ ދެއެވެ .
4.7- ބަހުސްގެ ބޭނުމަށްޓަކައި މި މައްސަލައިގައި ހިމެނޭ ކުއްޖާގެ ބަޔާނަކީ އަނިޔާލިބުނު ކުއްޖެއްގެ ގޮތުން ދީފައިވާ ހެކިބަހެއް ކަމުގައި ބަލަމާތޯއެވެ . މި މައްސަލައިގައި ހިމެނޭ ދަޢުވާ ސާބިތުކުރުމުގެ ހެކި ނުވަތަ މައިގަނޑު އަސާސް ބިނާވެގެން ދަނީ ކުއްޖާ ކިޔައިދޭ ކިޔައި ދިނުމުގެ މައްޗަށެވެ . އެހެންކަމުން، ކުއްޖާގެ ހެކިބަހަކީ، ނުވަތަ ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމަކީ، އާދަޔާ ޚިލާފަށް ތެދުކަމަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރަންޖެހެއެވެ. ކުއްޖާގެ ހެކިބަސް ބޭރުފުށުން އެއްގޮތްތޯ ބެލުން :
4.7.1- ޝަކުވާކުރި ކުއްޖާގެ ބަސް ބޭރުފުށުން އެއްގޮތް ތޯ ބަލާނެ ގޮތެއް ސުޕްރީމްކޯޓުގެ ޤަޟިއްޔާގައި ސާފުކޮށް ބަޔާން ކޮށްފައެއް ނެތެވެ . ނަމަވެސް އެ ޤަޟިއްޔާއިން އެނގެން އޮތީ، ]އެ ކުއްޖާ ކުރިން ކިޔައިދިން ކިޔައި ދ ނުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތަކުން ނުވަތަ ވަސީލަތްތަކުން ބާރުލިބޭނަމަ، އެހެކިބަސް ބަލައިގަންނަންވާނެ.. .[ ކަމެވެ .
4.7.2- ޝަކުވާކުރި ކުއްޖާގެ ބަސް ބޭރުފުށުން އެއްގޮތް ތޯ ބެލުމުގައި، އެ ކުއްޖާ ފުރަތަމަ ކިޔައިދޭ ކިޔައިދިނުމާއި ދެން އެއަށްފަހު އެ ކުއްޖާ އެކިއެކި ފަރާތްތަކަށް އެ ހާދިސާ ކިޔައިދޭ ކިޔައިދިނުމުގައި މައިގަނޑު ގޮތެއްގައި އެއްގޮތްވެފައި، ސީރިއަސް ފުށުއެރުންތަކެއް ނެތްނަމަ، އެއީ ކުއްޖާގެ ބަސް ބޭރު ފުށުން އެއްގޮތްކަން ދެނެގަނެވޭނެ ގޮތެއްކަން އެ ނގެއެވެ . ކުއްޖާއާ ސުވާލު ކުރުމުން މި މައްސަލައި ގެ ހ ދ ސ ކިޔައިދީފައިވަނީ ފުލުހުންގެ ތަޙްޤީޤަށެވެ .
4.7.3- ފުލުހުންގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގެ އިތުރުން ހާދިސާ ހަމައެކަނި ކިޔައިދީފައިވަނީ، ކުއްޖާގެ އިޖު ތިމާ ޢީ ޙާލަތު ދެނެގަތުމުގެ ގޮތުން ހއ. ފެމިލީ އެން ޑް ޗިލްޑްރަން ސަރވިސްގެ ސެންޓަރު ގެ ހެލްތް ވޯކަރ ޢާއިޝަތު ޝަޒުނާއަށެވެ . ނަމަވެސް އެ ރިޕޯޓުގައި ކުއްޖާ ކިޔައިދިންކަމަށް ބުނެ އެއްވެސް ވާހަކައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2019/SC-A/77 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2019/SC-A/77 ޤަޟިއްޔާ . ޞ.39ގައި . ގެނެސްފައެއް ނުވެއެވެ . އެ ރިޕޯޓުގެ ޚުލާޞާގައި ހަމައެކަނި ބަޔާންކޮށްފަ އިވަނ، ޅ.ނައިފަރު/ ނޫރާނީމާގެ، އަޙްމަދު މުޙައްމަދު ޖިންސީ ގޯނާކޮށްފައިވާ ކަމަށް )ކުއްޖާ ( ކިޔައިދީފައިވެއެވެ .
4.7.4- ހާދިސާއާ ގުޅޭގޮތުން ކުއްޖާއޭ ނގެ މަންމައަށް އެއްވެސް ވާހަކައެއް ކިޔައިދީފައިވާކަން އެނގެން ނެތެވެ . ކުއްޖާގެ މަންމަ ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބަލާއިރު އެބަޔާނުގައި އޮތީ؛ ])ކުއްޖާ(އަކީ އަޅުގަނޑުގެ ދަރިއެކެވެ . ޅ.ނައިފަރު / ނޫރާނީމާގެ، އަޙްމަދު މުޙައްމަދު އަކީ ނިމިގެންދިޔަ ރަމަޟާން މަހުގެ ތެރޭގައި ކޮންމެވެސް ދުވަހެއްގައި )ވަކިތާރީޚެއް ނޭނގޭ ( )އަތޮޅު .ރަށް / ގޭގެ ނަން ( އަޙްމަދު މުނީޒުއާއި އެކު އައިސް ވަތް މީހެކެވެ. އޭގެ ކުރިއަކުން ޅ.ނައިފަރު / ނޫރާނީމާގެ، އަޙްމަދު މުޙައްމަދު އެއް އަޅުގަނޑު ނުދަންނަމެވެ . ދެންނެވިފައިވާ ރޭގައި އަޙްމަދު މުނީޒުއާއި އަޙްމަދު މުޙައްމަދު އާއި 02 މީހުން އައިސް އަޅުގަނޑުގެ ގާތުގައި އަހައި ހުއްދަ ހޯދުމަށްފަހު ގައި އަޅުގަނޑުމެން މިހާރު އުޅެމުންދާ )އަތޮޅު . ރަށް / ގޭގެނަން ( ގޭތެރޭގައި ޓީވީ ބަލަން މަޑުކުރިއެވެ . މި ރެއަށްފަހު އަޙްމަދު މުޙައްމަދު އަޅުގަނޑާއި ވާހަކަދައްކައި އަޅުގަނޑުގެ ގެއަށް އައިސް އުޅެއެވެ . އަދި ރަމަޟާން މަހުގެ ބައެއް ރޭތަކުގައި އަޅުގަނޑުމެން އުޅޭ ގޭ ކުރިމަތީގައި ހިރި ކުޅެންވެސް އުޅެއެވެ . އަދި މި ގޮތަށް ކުޅެ ހަދާއިރު އެ ކުޅިވަރުތަކުގައި އަޅުގަނޑުގެ ދަރިފުޅު )ކުއްޖާ ( ވެސް ބައިވެރިވެ ކުޅެން އުޅއެވެ . މިގޮތަށް 02 ރެއަކު އަޙްމަދު މުޙައްމަދު އަޅުގަނޑުމެންގެ ގެއަށް އައިސް ކުޅެހަދާފައިވެއެވެ . މިގޮތަށް އުޅެފަ އ އަޙްމަދު މުޙައްމަދު )ރަށް ( އިން ފުރައިގެން ގޮސް އަޅުގަނޑުގެ ދޮށީ އަންހެންދަރި )އަތޮޅު . ރަށް / ގޭގެނަން، ކުއްޖާގެ ނަން ( ގެ ފޯނަށް އަޙްމަދު މުޙައްމަދު ގުޅައި ])ކުއްޖާ ( އަށް ރައްޓެހިވާން ބޭނުމޭ[ ބުނުމުން )ދޮށީ އަންހެންދަރި ( އަޙްމަދު މުޙައްމަދު ގާތުގައި ]ތަކީ އަހަރެމެން ބާރުގައި އޮންނަ ކަމެއް ނޫނޭ، މަންމަ ގާތު އަހާށޭ، މަންމައޭ ތިޔަށް ޖަވާބުދޭން[ ބުންޏެވެ . އަދި މީގެ ދެތިން ދުވަސް ފަހުން )ވަކިތާރީޚެއް ނޭނގޭ ( އަޙްމަދު ކުޑަކުއްޖގާ އިޖްތިމާއީ ހާލަތު ދަނެގަތުމަށް ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސްގެ ސެންޓަރުން ތައްޔާރުކޮށްފައިވާ ރިޕޯޓް ކުޑަކުއްޖގާ މަންމަ 2016 ސެޕްޓެމްބަރ 21 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާން. މުޙައްމަދު އަޅުގަނޑުގެ ފޯނަށް ގުޅައި ])ކުއްޖާ ( އަށް ރައްޓެހިވާން ބޭނުމޭ[ ބުނުމުން އަޅުގަނޑު އަޙްމަދު މުޙައްމަދު އާއި ދިމާލަށް ])ކުއްޖާ( އަކީ އަދި ވަރަށް އުމުރުން ހަޤުކުއްޖެކޭ، އެހެންނޫނަސް އަދި އެއީ ކިޔަވާ ކުއްޖެކޭ އަންނަ އަހަރަކީ އޭނާގެ ކިޔެވުމުގައި ވަރަށް މުހިއްމު އަހަރެކޭ، ތިކަމަކާ އެއްބަސް ވެވޭކަށް ނެތޭ، )ކުއްޖާ( ކިޔަވާނިމި ބޮޑު މީހަކަށް ވަންދެން މަޑުކުރާށޭ )ކުއްޖާ ( ދެކެ ލޯބި ވަންޏާ [ ބުނުމުން އަޙްމަދު މުޙައްމަދު އަޅުގަނޑާ ދިމާއަށް ]ދައްތަމެން ނުބުނާ ގޮތެއް މި ކަމުގައި ނުހަދާނަމޭ [ ބުނެފައި ފޯނު ބޭއްވިއެވެ . މީގެ އިތުރުން )ކުއްޖާ ( އާއި އަޙްމަދު މުޙައްމަދު އާއި 02 މީހުން ލޯބީގެ ގޮތުން ގުޅުން އޮންނަ ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ . އަދި އަޅުގަނޑުގެ ދަރިފުޅަކީ ރޭގަނޑު އެކަނި ތަންތަނަށް ގޮސް އުޅޭ ކުއްޖެއް ނޫނެވެ . އަޅުގަނޑުގެ ދަރިފުޅަކީ މީގެކުރިން ވަގަށް ސިއްރުން ގެއަށް މީހަކުވެސް ވައްދާފައިވާ ކުއްޖެއްނޫނެވެ . އަޅުގަނޑާއި )ކުއްޖާ ( އާއި 02 މީހުން ނިދަނީވެ ސ އެއްކޮޓަރިއެއްގައެވެ . އަޅުގަނޑުގެ ދަރިފުޅުގެ އަތުގައި މީގެ 08 ވަރަކަށް މަސް ކުރިން އޮތް ފޯނެއް އަޅުގަނޑު އަތުލީމެވެ . އޭގެ ފަހުން )ކުއްޖާ ( ފޯނެއް ގެންގުޅޭ ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ . އަދި )ކުއްޖާ ( އަކީ އަޅުގަނޑުގެ ފޯނުން ތަންތަނަށް ނުވަތަ މީސްމީހުންނަ ށ ގުޅާ ހދ ކުއްޖެއްނޫނެވެ [. މި ފަދައިންނެވެ .
4.7.5- ދެން ހުށަހެޅިފައި އޮތީ، ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލަށް ދެއްކުމުން އެ ހޮސްޕިޓަލުން ތައްޔާރު ކުރި ނަންބަރު HAAH-R/2016/012/CA މެޑިކޯ ލީގަލް ރިޕޯޓެވެ . އެ ރިޕޯޓުގައި ބޭރުފުށުން ކުރި މަތި ފަރާތް ރަގަޅު، ބޭރުފުށުން އެއްވެސް އަނިޔާއެއް ކުރިމަތިފަރާތަށް ނުވަތަ ފަލަމަސްގަނޑަށް އަދި ބަނޑަށް ލިބިފައިވާ ތަނެއް ފެނިފައިނުވާކަމަށާއި، ކުރިމަތިފަރާތް ބެލިބެލުމުން : ބިކުރު އެއްބައި ވީދައިގެން ގޮސްފައި އަދި ޝަހާދަތް އިނގިލި ފަސޭހައިން ވަންނަކަމަށާއި، ކުއްޖާއަށް އެއްވެސް އަނިޔާއެއް )ޖިންސީގޮތުންވިޔަސް ( ލިބިފައިވާކަން ފާހަގަކުރެވެން ނެތްކަމަށް ބަޔާންކޮށްފައިވެއެވެ . ކުއްޖާ މައްސަލައިގެ ތަހުޤީޤަށް ދީފައިވާ ބަޔާނުގައި ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ ނަންބަރު R/2016/012/CA-HAAH މެޑިކޯ ލީގަލް ރިޕޯޓްގެ ޞަފްޙާ ނަންބަރު 2. ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ ނަންބަރު R/2016/012/CA-HAAH މެޑިކޯ ލީގަލް ރިޕޯޓްގެ ޞފްޙަ ނަންބަރު 3. ]އަޅުގަނޑަށްވަނީ އަޅުގަނޑުގެ އުމުރުން 11 އަހަރުގައި ފިރިހެނެއްގެ ފަރާތުން ޖިންސީ ގޯނާލިބިފައެވެ [. މި ފަދައިން ބަޔާންކޮށްފައިވާތީ، މެޑިކޯ ލީގަލް ރިޕޯޓުގައި ]ބިކުރު އެއްބައި ވީދައިގެން ގޮސްފައި އަދި ޝަހާދަތް އިނގިލި ފަސޭހައިން ވަންނަކަމަށް [ އޮންނަ އޮތުމަކީ މި މައްސަލައިގައި ހިމެނޭ ހާދިސާއާ ގުޅިގެން ލިބިފައިވާ ގެއްލުމެއް ކަމާމެދު ސުވާލު އުފެދެއެވެ. އަދި އެކަމާމެދު އަޙްމަދު މުޙައްމަދުގެ ފަރާތުން ސުވާލު އުފައްދައެވެ . އެހެނީ ބިކުރު ވީދައިގެން ގޮސްފައި ކަމަށް ބަޔާންކުރިއިރު، ވީދައިގެން ގޮސްފައިވާތަން ހުރީ ތާޒާކޮށް ކަމަށް ބަޔާންކޮށްފައިނުވެއެވެ . ހާދިސާ ހިނގާފައިވާކަމަށް މެޑިކޯ ލީގަލް ރިޕޯޓުގައިވަނީ، 2016 ސެޕްޓެންބަރު 11ވަނަ ދުވަހުގެ ރޭގަނޑު 9:30 ގައެވެ . ޑޮކްޓަރަށް ދައްކަން ގެންގޮސްފައިވަނީ 2016 ސެޕްޓެންބަރު 12ވަނަ ދުވަހުގެ މެންދުރުފަހު 3:15 ގައެވެ . ޑޮކްޓަރު ބަލާފައިވަނީ އެ ދުވަހުގެ 4:00 ގައެވެ . ހާދިސާ ހިނގިކަމަށް ބަޔާންކުރާ ވަގުތާއި ޑޮކްޓަރަށް ދެއްކިކަމަށް ބަޔާންކޮށްފއިވަ ވަގުތާ ދެމެދު ހިނގާފައިވާ މުއްދަތަށް ބަލާއިރު، ގަދަކަމުން ޖިންސީ ޢަމަލެއް ހިނގާފައިވާނަމަ ލިބިފައިވާ ގެއްލުމެއް ގެ ތާޒާކަން ފާހަގަކުރެވިފައި އޮންނަންވާނެކަމަށް ޤަބޫލުކުރެވެއެވެ . ކުއްޖާގެ ހެކިބަސް އެތެރެފުށުން އެއްގޮތްވޭތޯ ބެލުން :
4.7.6- ކުޑަ ކުއްޖާގެ ހެކިބަސް އެތެރެފުށުން އެއްގޮތްވޭތޯ ބެލުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، ]ޝަކުވާކުރި ކުއްޖާ ކިޔައިދޭ ވާހަކަތަކުގައި، ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނޭ ފަދަ ތަފްޞީލުތައް ހުރުމެވެ .[ މި ގޮތުން، ކުއްޖާ ކިޔައިދިން ކިޔައިދިނުމަކީ ހަމަޖެހޭ ވާހަކަ ތަކެއް ތޯ އާއި އެ ހާދިޘާގެ ވަގުތުތައް ބަޔާންކޮ ށްދިނުމާއި، ޙާދިޘާ ހިނގި ކަމަށް ބުނާ ތަން ބަޔާން ކޮށްދިނުމާއި، އަދި އެ ނޫންވެސް ބަޔާން ކޮށްދޭ ކަންކަން ހަމަޖެހޭ ތޯ ނުވަތަ އިންޓަވިއު ކުރިއަށް ދާވަރަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2019/SC-A/77 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2019/SC-A/77 ޤަޟިއްޔާ . ޞ.44ގައި. އެކަންކަން ބަދަލުވޭތޯ؟ ނުވަތަ ކުއްޖާ ގާތުގައި އެބުރިގޮސް އަލުން އައުމަށް ބުނުމުން، ތަފާތު ގޮތަކަށް އެ ޙާދިޘާ ބަޔާން ކޮށް ދޭތޯ؟ މިކަންކަމަށް ބެލިދާނެކަމަށެވެ .
4.7.7- ބުނެދިޔަ ކަންކަން މި މައްސަލައަށް ތަޠްބީޤުކުރާއިރު، މި މައްސަލަ ތަޙްޤީޤުކުރެވިފައިވަނީ ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ގެ ދަށުން، ކުޑަކުއްޖަކާމެދު ޖިންސީ އަނިޔާއެއް ކޮށްގެން ހުށަހެޅުނު މައްސަލައެއްގެ ގޮތުގައި ކަމަށް ބެލެވޭކަށް ނެތެވެ . އެހެނީ ކުއްޖާގެ ބަޔާންނަގާފައިވަނީ ޤާނޫނުގައި ބުނާ އިޖުރާއާތާ އެއްގޮތަށް ކަމަށް ނުބެލެވޭތީއެވެ . އަދި މި މައްސަލައިގައި އިސްތިއުނާފުކުރާ އަޙްމަދު މުޙައްމަދާއި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނީ ކުށުގެ ވެށިންނެވެ . ތުހުމަތު ކުރެވޭނީ ބަދު އަޚްލާޤީ ޢަމަލު ހިންގުމުގެ ކުށަށެ ވެ . އެ ކަމަށް ކުއްޖާގެ ބަޔާނުގައި : ]....)އަތޮޅު .ރަށް( ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން އައިސް އަޅުގަނޑުމެން ތިބި ކޮޓަރިތެރެއަށް ވަދެ ބަލާފާސް ކުރުމަށްފަހު އަޅުގަނޑުމެން )އަތޮޅު .ރަށް ( ޕޮލިސް ސްޓޭޝަނަށް ޙާޟިރުކުރުވިއެވެ [. މި ފަދައިން އޮތުމުން ބާރު ލިބެއެވެ . އަދި ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ގެ ދަށުން އަނިޔާ ލިބޭ ކުދިން ފުލުހުންގެ އިދާރާއަށް ޙާޟިރުކޮށް ބަޔާންނެގުމަކީ ހުއްދަކުރާ ކަމަކަށް ނުވާއިރު، އެ ކަން ފުލުހުންގެ ފަރާތުން ކޮށްފައިވާތީ، ތުހުމަތުކުރެވުނީ ބަދުއަޚްލާޤީ ޢަ މަލަށްކަން އިތުރަށް ކަށަވަރުވެއެވެ .
4.7.8- ކުއްޖާގެ ފަރާތު ން ހާދިސާ ކިޔައިދީފައިވާ ގޮތް ފެންނަން އޮތީ ހަމައެކަނި ފުލުހުންގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުން އެކަންޏެވެ. ކުއްޖާ ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ، މި މައްސަލަ ސާބިތުކުރުމުގައި މައިގަނޑު އަސާސަކަށް މި މައްސަލައިގައި ބަލަންޖެހޭ ހެކި ބަހެ ވެ . ހަމައެކަނި ކުއްޖާ ކިޔައިދޭ ބަހުގެ މައްޗަށް ބިނާކޮށްގެން ކުޑަކުދިންނާމެދު ހިންގާ ޖިނާއީ ކުށްތައް ސާބިތުކުރެވޭނީ، އެ ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް އެއީ ތެދުކަމަށް ޤަބޫލުކުރެވޭ ހެކިބަހަކަށް ވާނަމައެވެ . މި މައްސަލައިގައި، ކުއްޖާގެ ބަހަކީ )ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ ( ހަމައެކަނި އެމައްޗަށް ބިނާކޮށް، އެއާ ގުޅުވޭނެ އިތުރު ހެކި ޤަރީނާ ނެތް، ޖިނާއީ ކުށެއް ސާބިތު ކުރޭ ވަރުގެ ]އާދަޔާ ޚިލާފަށް އެއީ ތެދުކަމަށް ޤަބޫލުކުރޭ[ (unusually convincing) ހެކި ބަހެއް ކަމާމެދު އެކަށީގެންވާ ޝައްކުތަކެއް އެބަހުއްޓެވެ . އެހެންކަމުން އެ ބަޔާނަކީ ރައްކާތެރި ހެކިބަހެއް ކަމަށް ނުފެނެއެވެ .
4.7.9- ހާދިސާ ހިނގިތަނަށް ދިޔަ ފުލުހުން އެ ވަގުތު ކުއްޖާއާ ސުވާލުކުރުމުން ކުއްޖާ ބުނެފައިވާ އެއްޗެއް ބަލައިލުން މުހިންމެވެ . އެ ސީނަށް ދިޔަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލް ޙުސައިން މަޢައްދު )ސ.ނ 4784( ޝަރީޢަތަށް ދީފައިވާ ހެކިބަހުގައި އެ ކަން ބަޔާންކޮށްފައިވެއެވެ . އެ ގޮތުން ޙުސައިން މަޢައްދުގެ ހެކިބަހުގައި، ]ފުލުހުން ކޮޓަރި ތެރެއަށް ވަދެ )ކުއްޖާ ( އާއި އެގަޑީ ސުވާލުކުރި ކީއްކުރަނީތޯ، ސުވާލުކުރީމަ ދެން ބުނީ ފާޚާނާއިންނޭ މިއައީ އެހެން ބުނި އެގަޑީގަ އޭގެ ފަހުން އިތުރު އެއްވެސް ސުވާލެއްވެސް އޭނަޔަކާ ނުކުރޭ .[ މި ވާހަކައަށް ބަލާއިރު، ކުއްޖާ ޖިންސީ ގޯނާއާ ގުޅޭ އެއްވެސް ވާހަކައެއް އެ ހިނދު ބުނެފައިނުވާކަން ފާހަގަކުރެވެއެވެ . ފެންނަން ހުރި ލިޔުންތަކަށް ބަލާއިރު ހާދިސާ ހިނގިކަމަށް ބުނާ ރޭ އެ ގަޑީގައި ކުއްޖާއާ އަޙްމަދު މުޙައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ . ނަމަވެސް ކުއްޖާގެ ބަޔާނެއް ނަގާފައިވަނީ އޭގެ 6 )ހައެއް ( މަހާއި، 3 )ތިނެއް ( ދުވަސް ފަހުންނެވެ . )1( ކުޑަކުއްޖާގެ އަޚުލާޤއާ އުޅުން ހުންނަ ގޮތް : ކުއްޖާގެ ޙާލަތު ބަޔާނކޮށްދިނުމަށް މިނިސްޓްރީ އޮފް ޖެންޓަރ އެން ޑް ފެމެލީން ތައްޔާރު ކޮށްފައިވާ ]އިޖްތިމާއީ ހާލަތު ދެނެގަތުމާއި ބެހޭ ރިޕޯޓް [ އިން )ކުއްޖާ(ގެ އަޚްލާޤާއި އުޅުން ހުރި ގޮތް ދެނެގަނެވެން އޮވެއެވެ . )2( ކުޑަކުއްޖާގެ ކިބައިގައި ނުބައި ނިޔަތެއް އޮތްތޯ ބެލުން : ކުއްޖާ ޝަކުވާ ކުރީ ކުއްޖާގެ ކިބައި ނުބައި ނިޔަތެއް ނުވަތަ އެ ފަދަ ސަބަބެއް އޮވެގެންކަމަށް ބުނެ ހުށަހެޅުމެއް ހުށަހަޅަންޖެހެނީ މުއްތަހަމެވެ . އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2019/SC-A/77 ޤަޟިއްޔާ . ފާހަގަ ކުރެވުނު ނުކުތާ 32. ޞ.17ގައި. އެކަން ސާބިތު ކުރުމުގެ ބުރަ އޮންނާނީ މުއްތަހަމަށެވެ . މިމައްސަލައިގައި އިސްތިއުނާފުކުރާ އަޙްމަދު މުޙައްމަދުގެ ފަރާތުން އެ ފަދަ ހުށަހެޅުމެއް ހުށަހަޅާފައެއް ނެތެވެ . މި މައްސަލައިގައި ކުއްޖާ އިސްވެ ޝަކުވާއެއް ކޮށްފައިވާކަން އެނގެން ނެތެވެ . ކުއްޖާ ބަޔާނެއް ދީފައިވަނީ ކުއްޖާއާއި އަޙްމަދު މުޙައްމަދު ހާދިސާ ހިނގިކަމަށް ބުނާތަނުން ހައްޔަރުކޮށްގެން ޕޮލިސް ސްޓޭޝަނަށް ގެންދިއުމުންނެވެ .
4.8- އަޙްމަދު މުޙައްމަދުގެ ފަރާތުން ޖުމްލަ 5 )ފަހެއް ( ނުކުތާއެއް އިސްތިއުނާފުކޮށްފައިވެއެވެ . އަޙްމަދު މުޙައްމަދުގެ ފަރާތުން ފާހަގަކުރި އިސްތިއުނާފީ ނުކުތާތަކާ މުޅި އިސްތިއުނާފުގެ އަސާސް ބިނާކޮށްފައިވަނީ މައިގަނޑު އެއް ކަމަކަށެވެ . އެއީ، މައްސަލައިގައި ތ ހމަތު ކުރެވުނު ކުށް ނޫން އެހެންކުށަކަށް ދަޢުވާކޮށްފައިވާ ކަމަށް ފާހަގަކުރާ ކުރުމެވެ.
4.9- މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ނަޒަރުކުރުމުން، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، އިސްތިއުނާފުކުރާ ފަރާތް ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮ ސްފައިވަނީ، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ގެ ދަށުން، ކުޑަކުއްޖަކާމެދު ޖިންސީ އަނިޔާއެއް ކުރުމުގެ ތުހުމަތުގައި ނޫންކަން އެނގެއެވެ . އަޙްމަދު މުޙައްމަދުގެ މައްޗަށް ތ ހމަތުކޮށް ފައި ވަނީ ބަދުއަ ޚް ލާޤީ ޢަމަލު ހިންގުމުގެ ކުށެވެ . އެ ކަން މައްސަލައާ ގުޅިގެން ހެކިންގެ ގޮތުގައި ޝަރީޢަތަށް ހާޒިރުކުރެވުނު ފުލުހުންގެ ބަހުންވެސް އެނގެން އޮވެއެވެ . އެގޮތުން؛
4.9.1- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ސަރޖަންޓް ޙުސައިން ފައިޞަލް )ސ.ނ 2047( ދީފައިވާ ހެކިބަސް : މި މައްސަލަ އާ ގުޅިގެން، 2019 ފެބްރުއަރީ 27ވަނަ ދުވަހު ޙުސައިން ފައިޞަލް ޝަރީޢަތަށް ދީފައިވާ ހެކިބަހުގައި، ދައުލަތުން ކުރި ސުވާލާ ގުޅިގެން، ]އާދެ . އަޅުގަނޑުމެންނަށް ލިބުނު މަޢުލޫމާތަކީ )ގޭގެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2019/SC-A/77 ޤަޟިއްޔާގެ 67 ވަނަ ނުކުތާ . ޞ 39ގައި. ނަން ( ގޭގައި ނައިފަރު ކުއްޖަކާ )ކުއްޖާގެ ނަން( ކިޔާ އަންހެން ކުއްޖަކާ ބަދުއަޚްލާޤީ ޢަމަލު ހިނގާކަމަށް ތުހް މަތު ކުރެވޭ މައްސަލައެއް [. މިފަދައިން ހެކިބަސް ދީފައިވެއެވެ .
4.9.2- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލް ޢަލީ ފަޞީޙް )ސ.ނ 3530( ދީފައިވާ ހެކިބަސް : މި މައްސަލައާ ގުޅިގެން 2018 ޑިސެންބަރު 19ވަނަ ދުވަހު ޢަލީ ފަޞީޙް ޝަރީޢަތަށް ދީފައިވާ ހެކިބަހުގައި، ޢަލީ ފަޞީޙް : ޢިއްޒަތްތެރި ޤާޟީ . އާދެ އެ ޙާދިސާއަކީ 2016ވަނަ އަހަރު އަޅުގަނޑު މަސައްކަތްކުރަނިކޮށް، )ގޭގެ ނަން ( ގޭގައި ކުޑަކުއްޖަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގާކަމުގެ މަޢުލޫމާތު ލިބިގެން އަޅުގަނޑުމެން އެ ސީނަށް އަޅުގަނޑާއެކު އިތުރު ފުލުހުންތަކެއް އެގެއަށްގޮސް އެ ގެއަށް ވަދެ ބެލިބެލުމުން ތަޙްޤީޤަށް އެނގުނު ގޮތުގައި ނައިފަރު އަޙްމަދު މުޙައްމަދު ކިޔާ ބޭފުޅަކާ )ކުއްޖާގެ ނަން ( ކިޔާ ކުއްޖަކާ ދެމެދު ބަދުއަޚްލާޤީ ޢަމަލު ހިންގަނިކޮށް އެ ކޮޓަރި ތެރޭގައި ތިއްބައި އަޅުގަނޑުމެންނަށް ސީނަށް ވަދެވިފައިވަނީ [. )ޢަލީ ފަޞީޙުއަކީ، މި މައްސަލަ އިގެ ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓް ތައްޔާރުކުރި ފަރާތެވެ .( އަދި ޢަލީ ފަޞީޙުގެ ހެކިބަސް ނިންމާލަމުން، ]ޢިއްޒަތްތެރި ޤާޟީ އަޅުގަނޑަށް ކުރިން ވާހަކަ ދެއްކިއިރު ބުނެވިދިޔަ ތަންކޮޅެއް އިޞްލާޙް ކޮށްލާނަން . ޝަރީޢަތުން : އާދެ. ޢަލީ ފަޞީޙް : އަޅުގަނޑު އެންމެ ފުރަތަމަ ވާހަކަ ދެއްކި އިރު އަޅުގަނޑަށް ބުނެވިފަ އިންނާނީ ބަދުއަޚްލާޤީ ޢަމަލު ހިންގަން ތިބި ... އަސްލު ރަނގަޅު ގޮތަކީ ބަދުއަޚްލާޤީ ޢަމަލު ހިންގަން ތުހުމަތު ކުރެވޭ ކަން [. މިފަދައިން ހެކިބަސް ދީފައިވެއެވެ .
4.9.3- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލްޙުސައން މަޢައްދ )ސ.ނ 4784( ދީފައިވާ ހެކިބަސް : މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ދީފައިވާ ހެކިބަހުގައި، ދައުލަތުން : އާދެ ދެން ކަންތައްވީ ކިހިނެއްތޯ، ކޮންކަހަލަ މައްސަލައެއްތޯ ރިޕޯޓްވެގެން އައީ؟ ޙުސައިން މަޢައްދު : ]ރިޕޯޓްވެގެން އައީ )ގޭގެ ނަން( ގޭތެރޭގައި ބަދުއަޚްލާޤީ ޢަމަލެއް ހިންގަމުންދާކަމަށް ލިބުނު މަޢުލޫމާތެއް . އެ މަޢުލޫމާތާ ގުޅިގެން އެ ސީންއަށް ދިޔައީ އަޅުގަނޑުމެން [.
4.9.4- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު DET2016/003905 ]ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ބަންދާ ގުޅޭ މަޢުލޫމާތު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ހުށަހަޅާ ފޯމް [ ގައި މައްސަލައިގެ ތަފްޞީލުގައި ވަނީ، ]2016 ސެޕްޓެމްބަރ 11ވަނަ ދުވަހުގެ 21:40 ހާއިރު )ގޭގެ ނަން ( ގޭގެ ތެރޭގައި ޅ.ނައިފަރު / ނޫރާނީމާގެ، އަޙްމަދު މުޙައްމަދު )21އ( އާއި )ކުއްޖާ( )15އ( އާއި ދެ މީހުން ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް ތ ހމަތުކުރެވޭ މައްސަލަ [. މިފަދައިންނެވެ .
4.10- އިސްތިއުނާފކުރެވިފައިވު މައްސަލައާގުޅޭ ހާދިސާގެ ތަޙްޤީޤަށް ކުއްޖާ ދީފައިވާ ތަޙްޤީޤު ބަޔާނުގައި ނުވަތަ މައްސަލައާ ގުޅިގެން ކުއްޖާގެ ފަރާތުން ނެގި ބަޔާނަށް ބެލުމުން، ބަޔާން ނެގިފައިވަނީ، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ގެ ދަށުން، ކުޑަކުއްޖަކާމެދު ޖިންސީ އަނިޔާއެއް ކޮށްގެން ކަމަށް ބެލުމަށްވުރެ ބޮޑަށް އެ ބަޔާން ނެގިފައިވަނީ، އ ފަރާތުގެ މައްޗަށް ކުރެވޭ ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ތ ހ މަތާ ގުޅިގެންކަން އެ ބަޔާނަށް ބެލުމުން އެނގެން އޮވެއެވެ . އެއީ، ކުއްޖާގެ ބަޔާނުގައި ]އަޅުގަނޑުމެން )އަތޮޅު .ރަށް ( ޕޮލިސް ސްޓޭޝަނަށް ޙާޟިރުކުރުވިއެވެ .[ މި ފަދައިން ލިޔެފަ އިވާއިރު، ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން އަނިޔާލިބޭ ކުދިންގެ ބަޔާން ނެގުމަށް ފުލުސް އޮފީހަށް ޙާ ޒި ރުކުރަން ހުއްދަ ނުކުރާތީއެވެ . އަދި ކުށެއްގެ ތ ހ މަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެން ދެވޭ ފަރާތްތަކަށް ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ކުއްޖާއަށްވެސް ލިބިފައިވާކަން ފުލުހުން އަންގާފައިވާކަމަށް ބަޔާނުގައި ލިޔެފައިވާތީއެވެ . އެގޮތުން އެބަޔާނުގައި ....]މ މައްސަލައިގައި ފުލުހުންވަނީ އަޅުގަނޑަށް ޤާނޫނީ ގޮތުން ލިބިދޭންޖެހޭ ހަނުހުރުމުގެ ޙައްޤާއި ޤާނޫނީ ވަކީލެއްގެ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ދީފައެވެ . ނަމަވެސް މީގެން އެއްވެސް ޙައްޤެއް ބޭނުން ހިފާފައެއް އަޅުގަނޑު ނުވާނެއެވެ [. މިފަދައިން ލިޔެފައި ވެއެވެ . އޭގެ އިތުރުން، ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ ބޭނުމަށްޓަކައި، ކުޑަކުއްޖެއްގެ ހެކިބަސް ހޯދާކަމަށްވާނަމަ އެ ކުއްޖެއްގެ ހެކިބަސް ހޯދަންވާނީ ކޯޓުން ބޭރުގައި، ޝަރީޢަތުގެ މަޖިލީހުން ބޭރުގައި، ފުލުސް އޮފީހުން ބޭރުގައި، އެ ކުއްޖާއަށް ފަރިތަ މާޙައުލެއްގައި، އެ ކުއްޖާ ދެކެފަރިތަ، އެ ކުއްޖާއަށް އިތުބާރުކުރެވޭ ބައެއްގެ ހާޒިރުގައި، އިންޓަވިއުކޮށްގެން، އެ އިންޓަވިއު ވީޑިއޯ ރެކޯޑުކޮށްގެން ކަމަށް އެ ޤާނޫނު ގެ 48ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ . ކުއްޖާގެ ބަޔާންނަގާފައިވަނީ އެ ފަދަ ގޮތަކަށް ކަމަށް ބެލެވެން ނެތެވެ . އެހެންކަމުން، މިމައްސަލައިގައި ހިމެނޭ )ކުއްޖާ ( ގެ ބަޔާން ނަގާފައިވަނީ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގިކަމުގެ ތުހުމަތެއް މީހެއްގެ މައްޗަށް ކޮށްގެން، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ގެ ދަށުން އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތަށް ކަމަށް ނުބެލެވެއެވެ .
4.11- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48ވަނަ މާއްދާގެ )ހ(އާއި، )ރ( އާއި، 51 )ހ( ގައި ބަޔާންކޮށްފައިވަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކަށް ވަގުތުން ހައްޔަރުކުރެވުނު ސަބަބު އަންގާންވާނެކަމާއި، އަދި 24 ގަޑިއިރުގެ ތެރޭގައި ލިޔުމުން ހައްޔަރުކުރެވުނު ސަބަބު އަންގާންވާނެކަން އެނގެން އޮތްއިރު، ތުހުމަތުކުރި ކުށާއި، ނުބައްދަލު ދަޢުވާއެއް ކޮށްފައިވުމާއި، އަދި ދަޢުވާކުރުމުގެ ޢާންމު އިޖުރާއީ މިންގަޑާއި ޚިލާފަށް ނުއުފުލޭ ކުށެއްގެ ތުހުމަތުގެ މައްޗަށް ބިނާވެފައިވާ ދަޢުވާ ސާބިތުކޮށް މައްސަލަ ނިންމާފައިވާ ކަމަށް އަޙްމަދު މުޙައްމަދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ . މީގެ ތަފްޞީލުގައި އަޙްމަދު މުޙައްމަދުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48ވަނަ މާއްދާގެ )ހ(އާއި، )ރ( އާއި، 51 )ހ( ގައި ބަޔާންކޮށްފައިވަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކަށް ވަގުތުން ހައްޔަރު ކުރެވުނު ސަބަބު އަންގާންވާނެކަމަ ށ އ، އަދި 24 ގަޑިއިރުގެ ތެރޭގައި ޤާނޫނު ނަންބަރު 2009/12 ލިޔުމުން ހައްޔަރުކުރެވުނު ސަބަބު އަންގާންވާނެކަ މަށާއި، އަދި މި ޙާލަތު ގައި ބުނެވި ދިޔަ 51ވަނަ މާއްދާގެ )ހ(ގެ ދަށުން ފަނޑިޔާރު ތުހުމަތު ވަޒަންކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރުގައި ފަނޑިޔާރަށް ހުށަހަޅާފައިވާ ]ބަންދުގެ މުއްދަތު އިތުރުކުރުމުގެ ފޯމުގައި [ ފުލުހުން ބަޔާންކޮށްފައިވަނީ 2016 ސެޕްޓެންބަރު 11ވަނަ ދުވަހުގެ 21:40 ހާއިރު )އަތޮޅު . ރަށް / ގޭގެ ނަން ( ގޭގެ ތެރޭގައި ޅ. ނައިފަރު / ނޫރާނީމާގެ، އަޙްމަދު މުޙައްމަދު )21އަހަރު( އާއި، )އަތޮޅު .ރަށް / ގޭގެނަން ( )ކުއްޖާގެ ނަން( )13އަހަރު ( އާއި ދެމީހުން ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަށް ވެފައި، މި ތުހުމަތު ގެ އަލީގައި އެއިރަށް ފުލުހުން ހުށަހެޅި ހެކިތަކަށް ބައްލަވާ މުއްދަތު ޖެހިޖެހުމާއި، އުފަންވި ތުހުމަތަކީ، ބަދުއަޚްލާޤީ ޢަމަލެއް 2 ފަރާތަކުން ކުރިކަމުގެ ތުހުމަތެއްކަމަށް ވީއިރު، ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )ހ( ގައިވާ ގޮތުގެ މަތީން ފުލުހުން އަންގާފައިވަނީވެސް ބުނެވިދިޔަ ތުހުމަތުކަމުން، ތަޙްޤީޤު އެ މައްޗަށް ކުރެވޭކަން ދަޢުވާލިބޭ ފަރާތަށް އެންގި ކުށާއި، އެ ކުށުގެ ޢަމަލަކީ ބަދުއަޚްލާޤީ ޢަމަލެއް 2 ފަރާތުން އެ ތާރީޚުގައި ހިންގިކަމަށް އޮތް ޝައްކުކަމަށް ލިޔުމުން އަންގާ، އެއާ ޚިލާފަށް ތުހުމަތުކުރި ކުށާއި، ނުބައްދަލު ދަޢުވާއެއް ކޮށްފައިވަނިކޮށް އަދި ދަޢުވާއަށް އިންކާރުކޮށްފައިވަނިކޮށް ދަޢުވާ ކުރިއަށް ގެންގޮސް ދަޢުވާކުރުމުގެ ޢާންމު އިޖުރާއީ މިންގަޑާ ޚިލާފަށް ނުއުފުލޭ ކުށެއްގެ ތުހުމަތުގެ މައްޗަށް ބިނާވެފައިވާ ދަޢުވާ ސާބިތުކޮށް މައްސަލަ ނިންމާފައިވާ ކަމަށެވެ .
4.11.1- އަޙްމަދު މުޙައްމަދުގެ ފަރާތުން ފާހަގަކުރި މި ނުކުތާއާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/430 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3.1ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )ހ(ގައި ކުށެއްކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަން، އެ މީހަކަށް ރަނގަޅަށް ދޭހަވާނެ ބަހަކުން، ލަސްނުކޮށް އަންގަންވާނެކަން ބަޔާންކޮށްފައިވާއިރު، މި މާއްދާގައި މި ބަޔާން ކުރަނީ، ޖިނާއީ ކުށެއްގެ ދަޢުވާ އުފުލިފައިވާ މީހުންގެ ޙައްޤުކަމަށާ އ، ޤާނޫނުއަސާސީގެ 48ވަނަ މާއްދާގެ )ހ( ގައި ބަޔާންކުރަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ ޙައްޤު ތައް ކަމުގައިވީއިރު، ހައްޔަރުކުރެވޭ ހިނދު، ނުވަތަ ބަންދު ކުރެވޭ ހިނދު ލިބިގެންވާ ޙައްޤު ތަކުގެ ތެރެއިން އެ މީހަކު ހައްޔަރު ކުރެވުނު ސަބަބު ވަގުތުން އެ މީހަކަށް އެންގުމާއި، ތުހުމަތުކުރެވޭ ކުށް ބަޔާން ކޮށްދިނުމާއި، މިއީ ތަފާތު ދެ ކަމެއްކަމަށާއި، ޢާންމު ގޮތެއްގައި ފުލުހުން މީހަކު ހައްޔަރުކުރަނީ، ކޯޓު އަމުރެއްގެ ދަށުން ނޫނީ ކުށެއް ކުރަނިކޮށް ފެންނަހިދެއްގައި، ނުވަތަ މީހަކު ކުށެއްކޮށްފިކަމަށް، ނުވަތަ އެ ވަގުތު އެ އުޅެނީ ކުށެއްކުރާންކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް )probable casue( ހުރެގެންކަމަށއި، އެއީ ކުށެއްގެ ތަޙްޤީޤުގެ ފުރަތަމަ މަރު ޙަ ލާކަމަށާ އ، އެ މަރުޙަލާގައި ތަޙްޤީޤުކުރާ ފަރާތުގެ މަސްއޫލިއްޔަތަކީ ހެކިތައް އެއް ކޮށް ރައްކާތެރިކޮށް ބެލެހެއްޓުމާއި، މި ގޮތުން ހޯދޭ ހެކިތަކުގެ މަޤްޞަދަކީ ބޭރުފުށުން ފެންނަން ހުންނަ ކުށުގެ އ ންޞުރުތަކާއި ހެކިތައް ހޯދުންކަމަށއި، ތަޙްޤީޤުން ހޯދުނު ހެކިތައް އެއްކޮށް އެއީ ޤާނޫނީ ހަމަތަކުގެ މަތިން ހޯދިފައިވާ ޞައްޙަ ހެކިތަކެ އްކަން ކަށަވަރުކުރުމާއި، ހުށަހެޅިފައިވާ ހެކިތަކަށް ބަލައި، ކުށުގެ ދަޢުވާއެއް ކުރެވެން އޮތްކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް ބޭނުންވާނ ތައްޔާރީތައް ކުރުމަކީ، ޖިނާއީ ތަޙްޤީޤެއްގެ ދެވަނަ މަރު ޙަލާކަމަށް ބަޔާންކޮށްފައިވާކަމަށާ އ، އެއީ ޕްރޮސިކިއުޝަން މަރު ޙަ ލާކަމަށއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ރަސްމީ ދަޢުވާއެއް އުފުލާނީ، ޢާންމުގޮތެއްގައި ތުހުމަތުކުރެވޭ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުކުރެވޭނެކަމަށް ޤަބޫލުކުރެވޭ ޙާލަތުގައި ކަމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލަށް ޤާނޫނުއަސާސީއާއި ޤާނޫނުން ވަނީ ޖިނާއީ ދަޢުވާ އުފުލުމުގެ އިޚްތިޔާރު )prosecutional discretion( ތަކެއް ދީފައިކަމަށާއި، ތުހުމަތުކުރެވިފައިވާކުށުގެ ޢަމަލާ ގުޅޭ ހުރިހާ ޙާލަތްތަކަށް ރިޢާޔަތްކޮށް، އޭނާގެ މައްޗަށް އުފުލާނީ ކޮން ދަޢުވާއެއްކަން ކަނޑައަޅާނީ ޕްރޮސިކިއުޓަރ ޖެނެރަލްކަމަށާ އ، އެ ގޮތުން ތުހުމަތކުރު މީހާގެ މައްޗަށް ފުލުހުން ކުރާ ހުރިހާ ތުހުމަތުތަކެއްގެ ދަޢުވާކުރުމާއި، އަދި ތަޙްޤީޤަށް ހޯދޭ އެންމެހައި ހެކިތަކުގެ މައްޗަށް ބިނާކޮށް، ތުހުމަތުކުރާ ޢަމަލާ ގުޅޭ ކުށެއްގެ އުންޞުރުތައް ފުރިހަމަވާނަމަ އެ ކުށަކަށް ދަޢުވާ ކުރުމާއި، މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކު ރ މަށްފަހު އެ މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް ނުކުރުމަށް ނިންމުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދީފައިވާ ކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223ވަނަ މާއްދާއިން ސާފުކޮށް އެގެން އޮންނަކަމަށް ދައުލަތުން ފާހަގަކުރާކަމަށެވެ . އަދި މި މައްސަލައިގައި ތުހުމަތުކުރެވުނު އަޙްމަދު މުޙައްމަދަށް މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ސަބަބު ލިޔުމުން އަންގާފައިވާކަން މައްސަލައާއެކު ހުށަހަޅާފައިވާ ]ހައްޔަރު ކުރެވޭ މީހާގެ މަޢުލޫމާތު ފޯމް [ އިން އެނގެން އޮތުމުގެ އިތުރުން 12 ސެޕްޓެންބަރު 2016 ދުވަހު އަޙްމަދު މުޙައްމަދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙުޤީޤަށް ދީފައިވާ ބަޔާނުންވެސް އެނގެން އޮންނަކަމަށާއި، އަދި ]ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމް [ އަށް ރިޢާޔަތްކުރާ އިރު، އަޙްމަދު މުޙައްމަދުގެ މައްޗަށް ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( ގެ 3ވަނަ މާއްދާގެ ދަށުން ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށަށް ތުހުމަތުކޮށްފައިވާކަން އެނގެން އޮންނަކަން ފާހަގަކުރާކަމަށާއި، އެހެންކަމުން މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ވަގުތު ދަޢުވާލިބޭ ފަރާތް ހައްޔަރުކުރެވިފައިވަނީ ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ތުހުމަތުގައިކަމަށް އެ ފަރާތަށް އެންގުމަކީ، އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާއަށް ރިޢާޔަތްކޮށް ޤާނޫނުއަސާސީގެ 48ވަނަ މާއްދާގެ )ހ(ގެ ދަށުން އަންގަންޖެހޭ އެންގުންކަމަށާއި، ]ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމް [ އިން އަންގާފައިވާ އެންގުމަކީ ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ ދަށުން އަންގާފައިވާ އެ ންގުންކަމުގައިވާތީ، މި މައްސަލައި ގައި ޤާނޫނުއަސާސީގެ 48ވަނަ މާއްދާއާއި އަދި 51ވަނަ މާއްދާގެ ދަށުން ލިބިދޭންޖެހޭ އެންމެހާ ޙައްޤުތައް އަޙްމަދު މުޙައްމަދަށް ލބިދީފައިވާކަމަށް ދައުލަތުން ދެކޭކަމަށެވެ .
4.11.2- ޤާނޫނުއަސާސީގެ 48ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ : ]ހައްޔަރުކުރެވޭ ހިނދު ނުވަތަ ބަންދުކުރެވޭ ހިނދު، ތިރީގައި ބަޔާންވެގެންވާ ގޮތުގެމަތީން އެ މީހަކާމެދު ޢަމަލުކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. )ހ( އެ މީހަކު ހައްޔަރުކުރެވުނު ސަބަބު ވަގުތުން އެ މީހަކަށް އަންގާންވާނެއެވެ. އަދި ގިނަވެގެން ސައުވީސް ގަޑިއިރުގެތެރޭގައި ހައްޔަރުކުރެވުނު ސަބަބު ލިޔުމުން އެ މީހަކަށް ދޭންވާނެއެވެ . )ށ( ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިގެންވާކަން އެ މީހަކަށް އަންގާންވާނެއެވެ . އަދި ލަސްކުރުމެއް ނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެ މީހަކު އެ ހައްޔަރު ކުރެވުނު ނުވަތަ ބަންދުކުރެވުނު މައްސަލައެއް ނިމޭންދެން ޤާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުޞަތު އެ މީހަކަށް ފަހިކޮށްދޭން ވާނެއެވެ . )ނ( ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މަޢުލޫމާތެއް ނުދީ ހަނުހުރުމަކީ އެ މީހަކަށް ލިބިގެންވާ ޙައްޤެއްކަން އެ މީހަކަށް އަންގައި، އެ ޙައްޤު ލިބިގަތުމުގެ ފުރުޞަތު އެ މީހަކަށް ދޭންވާނެއެވެ. )ރ( ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ ގިނަވެގެން ސައުވީސް ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާން ވާނެއެވެ . އަދި ޝަރުޠަކާއެކު ނުވަތަ ޝަރުޠަކާ ނުލައި އެ މީހަކު ދޫކޮށްލުމަށް، ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެ ބާރު އެ ފަނޑިޔާރަކަށް ލިބިގެންވެއެވެ.[ މިފަދައިންނެވެ. އަދި ޤާނޫނުއަސާސީގެ 51ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ : ]ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ : )ހ( އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަން، އެ މީހަކަށް ރަނގަޅަށް ދޭހަވާނޭ ބަހަކުން، ލަސްނުކޮށް އަންގާންވާނެއެވެ . )ށ( އެކަށީގެންވާ މުއްދަތެއްގެތެރޭގައި އެ މީހަކާމެދު ޝަރީޢަތްކޮށް ނިންމުމުގެ ޙައްޤުލބިގެންވެއެވި. )ނ( ތިމާއާ ދެކޮޅަށް ޝަރީޢަތުގައި ބަޔާނެއް ނުދިނުމުގެ ޙައްޤު ލިބިގެންވެއެވެ . )ރ( އެ މީހަކީ ޝަރީޢަތްކުރެވޭ ބަސް ނޭނގޭ މީހަކު ނަމަ، ނުވަތަ ބީރު މީހަކު ނަމަ، ނުވަތަ މަންމަނު މީހަކު ނަމަ، އެ މީހަކަށް ދައުލަތުގެ ފަރާތުން ތަރުޖަމާނަކު ހޯދުމުގެ ޙައްޤު ލިބިގެންވެއެވެ . )ބ( ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް ލިބޭންވާނެއެވެ . އަދި އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކުރުމަށް ފުރުޞަތު ދޭންވާނެއެވެ . )ޅ( އެ މީހެއްގެ ހާޒިރުގައި ޝަރީޢަތް ކުރެވުމާއި، އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤު ލިބިގެންވެއެވެ . )ކ( ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލު ކުރުމުގެ ޙައްޤު ލިބިގެންވެއެވެ. )އ( އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ. [ މިފަދައިންނެވެ .
4.11.3- ހައްޔަރުކުރެވޭ ވަގުތު އެ މީހަކު ހައްޔަރުކުރެވުނު ސަބަބު އެ މީހަކަށް އެންގުން ހައްޔަރުކުރި ފަރާތުގެ މައްޗަށް ލާޒި މވާކަމަށާއި، އެ ސަބަބު ބަޔާންކުރުމުގައި އެ މީހެއްގެ މިނިވަންކަން ނިގުޅައިގަނެވުނު ޤާނޫނީ އަދި މާއްދީ އަސާސް ބަޔާންކޮށްދޭންވާނީ ކޯޓެއްގެ ނުވަތަ ފަނޑިޔާރެއްގެ ކުރިމަތީގައި ލަސްނުކޮށް އެ މީހަކަށް ޠަޢުނުކުރެވޭ ވަރަށް ސާފުކޮށް އޮޅުން ފިލާގޮތަށް އަދި ހައްޔަރުކުރެ ވިފައިވަނީ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިންކަމަށް ފަނޑިޔާރަކަށް ކަނޑައެޅޭ މިންވަރަށް ތަފްސީލުކޮށްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ .
4.11.4- މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު 2016 ސެޕްޓެންބަރު 11ވަނަ ދުވަހުގެ 21:45 ގައި އިސްތިއުނާފުކުރާ ފަރާތް ހައްޔަރުކޮށްފައިވާކަން އެނގެއެވެ . މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމަށް ބަލާއިރު، އަޙްމަދު މުޙައްމަދުގެ ހައްޔަރުކުރެވުނު ސަބަބު )ހައްޔަރުގެ ތަފްޞީލު ( ގެ ގޮތުގައި ބަޔާންކޮށްފައިވަނީ ............] އަޙްމަދު މުޙައްމަދު )21އ( އާއި )ކުއްޖާ ) (15އ( އާ ދެ މީހުން ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އ[ މި ފަދައިންނެވެ . މި ފޯމުގައި ހައްޔަރު ކުރެވުނު މީހާއަށް އެނގުނު އެންގުންތަކުގައި ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުޞަތު ލިބިގެންވާކަން އަދި ގެންދެވޭތަން އަންގާފައިވާކަން އެނގެއެވެ . މި ފޯމުގައި އަޙްމަދު މުޙައްމަދު ގެ ވަނީ ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައެވެ . މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު DET2016/003905 ]ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ބަންދާއި ގުޅޭ މަޢުލޫމާތު ފްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ހުށަހަޅާ ފޯމް [ އަށް ބަލާއިރު، އެ ފޯމުގެ މައްސަލައިގެ ތަފްސީލް ގައި ]2016 ސެޕްޓެމްބަރ 11 ވަނަ ދުވަހުގެ 21:40 ހާއިރު )އަތޮޅު . ރަށް/ ގޭގެ ނަން ( ގޭގެ ތެރޭގައި ޅ. ނައިފަރު / ނޫރާނީމާގެ، އަޙްމަދު މުޙައްމަދު )21އ( އާއި )އަތޮޅު . ރަށް / ގޭގެ ނަން(، )ކުއްޖާ ) (15އ( އާއި ދެ މީހުން ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް ތުޙުމަތުކުރެވޭ މައްސަލަ[ މައްސަލައިގެ މަޢުލޫމާތު ގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ . އެހެންކަމުން،އަޙްމަދު މުޙައްމަދުގެ މައްޗަށް ދަޢުވާ އުފުލާފައިވާ ކުށް ކަމުގައިވާ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށަކީ، އަޙްމަދު މުޙައްމަދު ހައްޔަރުކުރެވުނު ވަގުތާއި ތަޙުޤީޤުކުރިޔަށް ދިޔައިރުވެސް އޭނަގެ މައްޗަށް އޮތް ތުހުމަތެއް ކަމަށް ނުބެލެވެއެވެ . އަދި އެ ތުހުމަތުގެ ތަފްސީލު ސާފުކޮށް އޮޅުން ފިލާގޮތަށް ފާހަގަކުރެވުނު ނުކުތާތަކުގެ 2ގެ )ށ( މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 4281TD09 ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމް އަޙްމަދު މުޙައްމަދަށް އަންގާފައިވާކަމަށް ނުބެލެއެވެ . ސުޕްރީމް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާއަށް ރިޢާޔަތްކުރާއިރު، އަޙްމަދު މުޙައްމަދުގެ މައްޗަށް ތުހުމަތުކުރެވުނީ ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ތުހުމަތުކަމަށް ބަލަންޖެހޭ ކަމަށް ދެކެމެވެ .
4.12- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24ވަނަ މާއްދާއާ ޚިލާފަށް ފުލުހުން 2016 ސެޕްޓެންބަރު 11ވަނަ ދުވަހުގެ ރޭ ޢާންމު ފަރާތަކުން ދިން މަޢުލޫމާތެއްގެ މައްޗަށް ކަމަށްބުނެ )ކުއްޖާ ( އުޅޭ ގެއަށް ފުލުހުންގެ ޤާނޫނުގައި ކޯޓު އަމުރާނުލައި ވަދެވޭނެކަމަށް ބަޔާންކޮށްފައިވާ ޙާލަތްތަކާ ޚިލާފަށް އެގެއަށް ވަދެ ތުހުމަތުކުރެވުނު ދެ ފަރާތް ހައްޔަރުކޮށް ބަލާފާސްކޮށްފައިވކަމަށް އަޙްމަދު މުޙައްމަދުގެ ފަރާތު ން ފާހަކޮށްފައިވެއެވެ .
4.12.1- މި ނުކުތާއާ ގުޅިގެން ދައުލަތުގެ ފަރާތުން ބުނެފައިވަނީ، ފުލުހުން އެގެއަށް ވަދެފައިވަނީ ޢާންމު ފަރާތަކުން ފޯނުން ގުޅައި، އެ ގޭގައި ބަދުއަޚްލާޤީ ޢަމަލު ހިނގާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންކަމަށް ބުނެ ސީނަށް ދިޔަ ފުލުހުން މައްސަލައިގައި ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް އަދާކޮށްފައިވާކަމަށާއި، އަދި ]ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާއިދު [ގެ 10ވަނަ މާއްދާގެ )ހ( ގެ 5ވަނަ ނަންބަރުގައި ކޯޓު އަމުރަކާ ނުލައި މީހުން ދިރިއުޅޭ ތަންތަނަށް ވަދެވިދާނެ ޙާލަތެއްގެ ގޮތުގައި ކޮންމެހެން ފިޔަވަޅު އަޅަންޖެހޭ ކަމަށް އެކަށީގެންވާ ސަބަބާއެކު ޤަބޫލުކުރެވޭ ޙާލަތެއް މެދުވެރިވުން ބަޔާންކޮށްފައިވާކަމަށާއި، އަދި މިއީ އެ މާއްދާގައި އެ ބުނާ ފަދަ ޙާލަތެއްކަމުގައި ދައުލަތުން ދެކޭކަމަށެވެ . މީގެ އިތުރުން ސީނށަ ދިޔަ ފުލުހުންކަމަށް ވާ ޕޮލިސް ކޯޕްރަލް ޙުސައިން މަޢައްދުއާއި، ޕޮލިސް ކޯޕްރަލް ޢަލީ ފަސީޙް ހެކިބަސް އަދާކުރަމުން އެ ގެއަށް ވަދެފައިވަނީ ޢަލީ ފަސީޙުގެ ހުއްދައާއެކުގައި ކަން މި ފަރާތްތަކުން ޝަރީޢަތުގެ މަޖިލީހުގައި އަދާކޮށްފައިވާ ހެކިބަހުން އެނގެން އޮންނާތީ އާއި އެގޮތުން އެ ގެއަކީ ޢަލީ ފަސީޙުގެ ބައްޕަގެ ގެއެއް ކަމަށާއި، ޢަލީ ފަސީޙުގެ ބައްޕަވަނީ މީގެ އަހަރުތަކެއް ކުރިން ނިޔާވެފައިކަމަށާއި، އެހެންކަމުން އެ ގެޔަށް ވަދެފައިވަނީ މަޞްލަޙަތު ޙިމާޔަތްކޮށްދެވިދާނެ ފަރާތެއްގެ ހުއްދައާއެކުކަމަށް ފުލުހުން ބުނެފައިވާތީ، މި ޙާލަތުގައި ކޯޓު އަމުރެއް އޮތުން ލާޒިމުވާކަމަށް ދައު ލ ތުން ނުދެކޭކަމަށެވެ .
4.12.2- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24ވަނަ މާއްދާ ގައި ބަޔާންކޮށްފައިވަނީ، ]ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެކުންނާ ކުރާ ޒާތީ މުއާޞަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަނެވެ. ހަމަ ކޮންމެ މީހަކުމެ، އަނެކުންގެ މި ބުނެވުނު ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާންވާނެއެވެ [. މި ފަދައިންނެވެ . އަދި ]ގޮވަތި ގެދޮރާއި މީހުން ދިރިއުޅޭ ތަންތަނަކީ ޙުރުމަތްތެރިވެގެންވާ ތަންތަނެވެ . ވަގުތުން ފިޔަވަޅެއް ނާޅައިފިނަމަ މީހެއްގެ މުދަލަކަށް ނުވަތަ މީހަކަށް ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން އެ މުދަލެއް ނުވަތަ އެ މީހަކު ސަލާމަތްކުރުމަށްޓަކައި، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ދިރިއުޅޭ ތަނަކަށް އެ މީހެއްގެ ނުރުހުމުގައި ވަދެގެނެއް ނުވާނެ [.. ކަމަށް ދިވެހިރާ އްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47ވަނަ މާއްދާ ގެ )ށ( ގައި ބަޔާންކޮށްފައިވެއެވެ .
4.12.3- ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރެވިފައިވާ ޙައްޤުތަކަކީ ބައެއް ކަހަލަ ޙާލަތްތަކުގައި ހަނިކުރެވިދާނެ ނުވަތަ ހިފެހެއްޓިދާނެ ޙައްޤުތަކެކެވެ . އެހެންނަމަވެސް އެ ގޮތަށް ޙައްޤެއް ހަނިކުރެވޭނީ ނުވަތަ ހިފެހެއްޓޭނީ، ޤާނޫނުއަސާސީގެ 16ވަނަ މާއްދާގެ )ހ( ގައި ބަޔާންކުރާ ފަދައިން، ޤާނޫނުއަސާސީއާ ތަޢާރުޟުނުވާނެ ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ . މި މައްސަލައިގެ ހާދިސާ ހިނގިއިރު ޤާނޫނުއަސާސީގެ 24ވަނަ މާއްދާގައި ބަޔާންކުރާ ޙައްޤުތައް އަދި ޤާނޫނުއަސާސީގެ 47ވަނަ މާއްދާ ގެ )ށ( ގައި ބަޔާންކުރާ ޙައްޤު ޤާނޫނަކުން ހަނިކުރެވި ޢަމަލުކުރަން ފެށިފައިވާކަން އެނގެން ނެތެވެ . މި މައްސަލައިގައި ފުލުހުން ޢަމަލުކޮށްފައިވަނީ ]ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާއިދު [ގެ 10ވަނަ މާއްދާގެ )ހ( ގެ 5ވަނަ ނަންބަރުގެ ދަށުން ކަމަށް ދައުލަތުން ބުނެފައިވާއިރު، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރާ އެއްވެސް އަސާސީ ޙައްޤެއް ހަނިކުރެވޭނީ ހަމަ އެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ . ޤާނޫނަކުން ހަނިނުކުރާ ޙައްޤެއް ޤަވާޢިދެއްގެ ދަށުން ހަނިނުކުރެވޭނެއެވެ . ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/18 ޤަޟިއްޔާގެ 74ވަނަ ޕެރެގްރާފް. އެހެންކަމުން ]ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާއިދު [ގެ ދަށުން ބާރު ލިބިގެންކަމަށް ބުނެ ހާދިސާ ހިނގިކަމަށް ބުނާ ގެޔަށް ކޯޓު އަމުރެއް ނެތި ފުލުހުން ވަދެފައިވަނީ ރަނގަޅަށް ކަމަކަށް ނުފެނެއެވެ .
4.12.4- މި މައްސަލައިގައި ހާދިސާ ހިނގިކަމަށް ބުނާ ގެޔަކީ، ޕޮލިސް ކޯޕްރަލް ޢަލ ފަސީޙުގެ ބައްޕަގެ ގެއެއް ކަމާއި، ޢަލީ ފަސީޙުގެ ބައްޕަ މީގެ އަހަރުތަކެއް ކުރިން ނިޔާވެފައި ވކަމާ އ، އެ ގެއަށް ވަދެފައިވަނީ ޢަލީ ފަސީޙުގެ ހުއްދައާއެކުގައި ކަން މި މައްސަލައިގައި ޝަރީޢަތުގެ މަޖިލީހުގައި ހެކިން އަދާކޮށްފައިވާ ހެކިބަހުން އެނގެން އޮންނަކަމަށް ދައުލަތުން ބުނެފައިވާއިރު، މި މައްސަލައިގެ ހާދިސާ ހިނގިއިރު އެގޭގައި ދިރިއުޅެމުން ދިޔައީ މި މައްސަލައިގައި ހިމެނޭ ކުއްޖާއާއި ކުއްޖާގެ މަންމައާއި އޭނަގެ ދަރިންކަން ޕޮލިސް ކޯޕްރަލް ޢަލީ ފަސީޙު މި މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނުން އެނގެއެވެ . ހާދިސާ ހިނގިކަމަށް ބުނާ ގެޔަށް ފުލުހުން ދިޔައިރު އެގޭގެ ދޮރު ހުރީ ލައްޕާފައެވެ . ދޮރުހުޅުވީ ސީނަށް ދިޔަ ފުލުހުން ފައިން ޖަހައިގެންނެވެ . އެ ގެޔަ ކ ޢަލީ ފަޞީހުގެ ޙިޔާޒަތުގެ ދަށުގައި ނެތް އެހެންބަޔަކު ދިރިއުޅެމުންދާ ގެޔަކަށްވާއިރު، މި ޙާލަތުގައި އެ ގެޔަ ކ ޢަލީ ފަޞީޙުގެ ބައްޕަގެ ގެޔެއްކަމަށްވާތީ، ހަމައެކަނި ޢަލީ ފަޞީޙުގެ ހުއްދައާއެކު ކޯޓު އަމުރެއް ނެތި އެނގެއަށް ފުލުހުން ނަށް ވަދެވިގެންވާނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންކަމުން މި މައްސަލައިގައި ހާދިސާ ހިނގި ކަމަށް ބުނާ ގެޔަށް ފުލުހުން ވަދެފައިވަނީ ޤާނޫނީ ގޮތުން ހުއްދަކުރެވިފައިވާ މަގުން ކަމަށް ނުބެލެވެއެވެ . ކުޑަކުއްޖަކު ޖިންސީ ޢަމަލެއް ހިންގަން ރުހުން ދިނުން:
4.13- ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށްޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( ގ ތިންވަނަ ބައިގައި ]ރުހުން [ މިޞުރުޚީ ގެ ދަށުން އައިސްފައިވާ އެ ޕޮލިސް ކޯޕްރަލް ޢަލީ ފަސީޙު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް 2016 ސެޕްޓެންބަރު 12ވަނަ ދުވަހު ދީފައިވާ ބަޔާން . ނަންބަރު K(a)/1/SCOR/2017/9 ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯރޓް ޤާނޫނުގެ 25ވަނަ މާއްދާގައި ވަނީ، ]އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، އުމުރުން 13އަހަރާއި 18އަހަރާ ދެމެދުގެ ކުޑަކުއްޖަކު ޖިންސީ ޢަމަލެއް ހިންގުމަށް ރުހުނުކަމުގައެއް ނުބެލެވޭނެއެވެ . އަދި އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، ބަލާނީ، ޖިންސީ ޢަމަލު ހިންގީ އެ ކުއްޖާގެ ރުހުމުގައި ނޫންކަމަށެވެ[. މިފަދައިންނެވެ .
4.14- އިސްތިއުނާފު ކުރެވިފައިވާ މައްސަލައި ގައި އަޙްމަދު މުޙައްމަދު ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވަނީ، އެ ފަރާތުގެ މައްޗަށްކުރެވުނު ބަދުއަޚްލާޤީ ޢަމަލެއް ހިންގުމުގެ ކުށުގެ ތުހުމަތުގައެވެ . އަދި އަޙްމަދު މުޙައްމަދުގެ މައްޗަށް ތަޙްޤީޤުހިންގިފައިވަނީވެސް ބުނެވިދިޔަ ކުށުގެ ތުހުމަތުގެ މައްޗަށްކަން މި ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4.9ގެ ދަށުން ފާހަގަކޮށްފައިވާ ހެކިވެރިންގެ ހެކިބަހުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު DET2016/003905 ]ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ބަންދާއި ގުޅޭ މަޢުލޫމާތު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ހުށަހަޅާ ފޯމް[ އިންވެސް އެނގެން އޮވެއެވެ .
4.15- ކުއްޖާއއާ އަޙްމަދު މުޙައްމަދާ ދެމީހުންނަށް ފުލުހުން ބިރުދައްކައި، އަޙްމަދު މުޙައްމަދަށް އަނިޔާކުރިކަން ސާބިތުކުރުމަށް ކުއްޖާ ދިފާޢީ ހެއްކެއްގެ ގޮތުގައި ހުށަހެޅިހިނދު، އަދި އެ ޢުމުރު ފުރައިގެ ކުއްޖަކު ޝަރީޢަތުގެ މަޖިލީހަށް ހެކިބަހަށް ޙާޒިރުކުރުމަށް ޤާނޫނީ ހުރަހެއް ނެތްއިރު، ކުއްޖާ ޙާޒިރުކޮށްދީފައިނުވާ ކަމަށް އަޙްމަދު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވެއެވެ .
4.15.1- މި ނުކުތާގައި އަޙްމަދު މުޙައްމަދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، 2016 ސެޕްޓެންބަރު 11ވަނަ ދުވަހުގެ ރޭ އަޙްމަދު މުޙައްމަދާއި ކުއްޖާއާ ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް ތުހުމަތުކުރެވުނު އިރު، ކުއްޖާގެ ޢުމރަކު 15އަހަރު ކަމަށް ވުމުން އެ ނޫން އެހެން ގޮތަކަށް ސާބިތުކޮށްދެވިއްޖެނަމަ ޢުމުރުން 13އަހަރާއި 18އަހަރާ ދެމެދުގެ ކުދިން ޖިންސީ ޢަމަލެއް ހިންގުމުގެ ރުހުން އޮތްކަމަށް ބެލެވިދާނެކަން ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޙާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( ގެ 25ވަނަ މާއްދާގެ މަފުހޫމުގައި އެނގެން އޮތްއިރު، އެ ދެ މީހުންނަށް ފުލުހުން ބިރުދައްކާ އަނިޔާކުރިކަން ސާބިތުކުރުމަށް ކުއްޖާ ދިފާޢީ ހެއްކެއްގެ ގޮތުގައި ހުށަހެޅުމުން ޙާޒިރުކޮށްދީފައިނުވާއިރު އެ ޢުމުރު ފުރައިގެ ކުއްޖަކު ޝަރީޢަތުގެ މަޖިލީހަށް ހެކިބަހަށް ޙާޒިރުކުރުމަށް ހުރަހެއް ނެތްއިރު، ޝަރީޢަތުން އޭނާ ޙާޒިރުކޮށްދީފައިނުވާކަމަށް ބަޔާންކޮށްފައިވެއެވެ .
4.15.2- މި ނުކުތާއާ ގުޅިގެން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ޤާނޫނު ނަންބަރު : 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލު ތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނ( ގެ 3ވަނަ މާއްދާގެ )ހ( ގައި މީހަކު ކުޑަކުއްޖެއްގެ ހަށިގަނޑުގައި، ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލައިފިކަމަށްވާނަމަ، އެ ކުރަނީ ކުށެއްކަމަށް ބަޔާންކޮށްފައިވާކަމަށާއި، އަދި ހަމަ ބުނެވިދިޔަ ޤާނޫނުގެ 25ވަނަ މާއްދާގައި އެހެ ން ގޮތަކަށް ސާބިތުނުވާ ހިނދަކު، ޢުމުރުން 13އަހަރާއި 18އަހަރާ ދެމެދުގެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމަށް ރުހުނުކަމުގައެއް ނުބެލެވޭނެކަމަށް ބަޔާންކޮށްފައިވާކަމަށާއި، އަދި އަޙްމަދު މުޙައްމަދުގެ ފަރާތުން ކުއްޖާ ދިފާޢީ ހެއްކެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް އެ ހެކި ހުށަހެޅީ ކޮންކަމެއް ސާބިތުކޮށްދިނުމަށްކަން ކަނޑައެޅިގެން އަޙްމަދު މުޙައްމަދުގެ ފަރާތުން ޝަރީޢަތުގައި ބަޔާންކޮށްދީފައިނުވާކަމަށާއި، މި ބާވަތުގެ މައްސަލަތަކުގައި ކުދިން ޝަރީޢަތަށް ޙާޒިރުކޮށް ކުދިންނާ ތަކުރާރުކޮށް ސުވާލުކުރުމަކީ މައްސަ ލައި ގައި އަނިޔާ ލިބޭ ކުދިން ރީވިކްޓިމައިޒްވުމުގެ ފުރުސަތު އޮތްކަމެއްކަމަށް ވާހިނދު، އަދި މައްސަލައިގައި ލިބިފައިވާ ހެކިބަހުގައި ފުށުއެރުންތަކެއް ނުވާއިރު، މައްސަލައިގައި އަނިޔާލިބުނު ފަރާތާ އިތުރަށް ސުވާލުކުރުމަކީ ޟަރޫރަތެއް އޮތްކަމެއްކަމަށް ދައުލަތުން ނުދެކޭކަމަށެވެ .
4.15.3- މި މައްސަލައާ ގުޅިގެން ދިފާޢީ ހެއްކެއްގެ ގޮތުގައި އަޙްމަދު މުޙައްމަދުގެ ފަރާތުން ކުއްޖާ ޙާޒިރުކޮށްދިނުމަށް ޝަރީޢަތުގައި އެދުނުކަމާއި، މި ބާވަތުގެ މައްސަލަތަކުގައި އެ ކުދިން ޝަރީޢަތަށް ޙާޒިރުކޮށް ހެކިބަސް ނެގުމަށް ދައުލަތުން އިޢުތިރާޟުކުރާކަމަށް ފާހަގަކުރުމުން ކުއްޖާ ޝަރީޢަތަށް ޙާޒިރުނުކުރުމަށް ޝަރީޢަތުން ނިންމާފައިވާކަން އިސްތިއުނާފުކުރެވޭ މައްސަލައިގެ ރިޕޯޓުން އެނގެން އޮވެއެވެ . ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 256/G2C/2017 ޤަޟިއްޔާ ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9ވަނަ ނަންބަރު.
4.15.4- އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ޙާ ޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤަކީ ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީން ލިބިގެންވާ ޙައްޤެކެވެ . ދިފާޢީ ހެކިން ހުށަހެޅުމާއި އެ ހެކިންނާ ސުވާލުކުރުމަކީ ދައުލަތުން އެ ކަމަށް ރުހުން އޮންނަންޖެހޭ ޙައްޤެއް ނޫނެވެ . އަދި ޙައްޤުލިބިދެވުމަކީ ދައުލަތުގެ ރުހުމާ ނުރުހުމުގެ މައްޗަށް ބިނާވެގެންވާ ނ ކަމެއްނޫނެވެ. މި ފަދަ މައްސަލަތަކުގައި ކުޑަކުއްޖެއްގެ ބަހެއް ޝަރީޢަތަށް ހޯދަން ޖެހިއްޖެނަމަ ޢަމަލުކުރަންޖެހޭގޮތް، ޤާނޫނު ނަންބަރު : 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނ(ގައި ބަޔާންކުރެވިފައިވެއެވެ. އެކަން ކުރިން ބަޔާންކުރެވިފައިވާނެއެވެ . ޤާނޫނުގައިވާ ގޮތުގެ މަތިން ޢަމަލުކުރުމުން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން މައްސަލައި ގައި އަނިޔާ ލިބޭ ކުދިން ރީވިކްޓިމައިޒްވުމުގެ ފުރުސަތު އޮންނާނެ ކަމަށް ޤަބޫލެއް ނުކުރެ ވެ އެވެ . މި ފަދަ މައްސަލަތަކުގައި އަނިޔާލިބޭ ކުދިންގެ ޙައްޤުތައް ޙިމާޔަތްކުރަންޖެހޭ ފަދައިން ތުހުމަތުކުރެވޭ ފަރާތަށް އެ ފަރާތުގެ މައްޗަށް ކުރެވޭ ތުހުމަތުން ބަރީއަވެ އޭނަގެ މަޢުޞޫމުކަން ސާބިތުކޮށްދނުމަ ށްވެސް ފުރުސަތު ލިބިދެވެންޖެހޭނެއެވެ. ހަމަ އެހެންމެ ޤާނޫނީއަސާސީން ލިބިދީފައިވާ ޙައްޤެއް ރީވިކްޓިމައިޒްވުމުގެ ފުރުސަތު އޮންނާނެކަމަށް ދެކިގެން އެ ޙަ އ ޤު ނިގުޅައިގަނެވިގެންވާނެކަމަށް ނުދެކެމެވެ .
4.16- ދެބަސްވެވެން ނެތް ޙަޤީޤަތަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ، ނުބައިކަން ބޮޑު ކުށެއްކަމވެ. ހަމައެއާއެކު، މީހެއްގެ މައްޗަށް އެ ކުށުގެ ތުހުމަތުކުރެވުމުގެ މާނައަކީ އޭނާ އެކުށް ކުރިއެކޭ ނޫނެވެ . އެ ކުށަކީވެސް، ޤާނޫނު ނަންބަރު : 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނ( ގައި ބަޔާންކުރާ ޚާއްޞަ އުޞޫލުން، ނުވަތަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )އ( ގައި ބަޔާން ކުރާ ޢާންމު އުޞޫލުން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުކޮށްދޭން ޖެހޭނެ ކުށެކެވެ . އެހެންކަމުން، މީހަކު އެ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭކަމަށް ޤާނޫނުއަސާސީ 2008ގެ 51ވަނަ މާއްދާގެ )ކ.( ބަޔާން ކޮށްދިނުމަކީ، ނުވަތަ އެ ކުށް ކުރިކަމަށް ވަރަށް ބޮޑަށް ހީވުމަކީ، އެ ކުށް ސާބިތުކުރުމަށް ފުދޭ މިންގަނޑެއް ނޫނެވެ . ހަމައެކަނި، ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ބަހުގެ މައްޗަށް ބިނާކޮށް، އެ ކުށް ސާބިތުކުރާ ޙާލަތުގައި، އެކުއްޖާ ކިޔައިދޭ ކިޔައިދިނުމާ ގުޅުވާލެވޭ ކަންތައްތަކެއް ނެތުމުން ނިކުމެދާނެ ޝައްކަކަށް ޖާގައެއް ނެތް ވަރަށް އެ ކުއްޖާ ކިޔައިދޭ ކިޔައިދިނުން ]އާދަޔާ ޚިލާފަށް ޤަބޫލު ކުރެވޭ [ ކިޔައިދިނުމަށް ވާންޖެހެއެވެ . އަދި އެ ކިޔާދޭ ދިނުމަކީ ނުވަތަ ކުއްޖާގެ ބަޔާން ވާންވާނީ ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން ހޯދާ ބަޔާނަކަށެވެ . މި މައްސަލައިގައި، ހިމެނޭ )ކުއްޖާ ( އާ މެދު ފުލުހުން ޢަމަލުކޮށްފައިވާ ގޮތާއި )ކުއްޖާ ( ގެ ބަޔާން ހޯދާފައިވާ ގޮތާއި، ސީނަށް ދިޔަ ފުލުހުން ޢަމަލުކޮށްފައިވާ ގޮތުން މައްސަލައިގައި ޤާނޫނާއަސާސީއާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރެވިފައިވާކަމަށް ނުފެނެއެވެ .
4.17- ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ޅ.ނައިފަރު / ނޫރާނީމާގެ، އަޙްމަދު މުޙައްމަދު ގެ މައްޗަށް ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( ގެ 3ވަނަ މާއްދާގެ )ހ( ގެ ދަށުން ދައުލަތުން ކޮށްފައިވާ ދަޢުވާ، ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )އ( ގައި ބުނާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވެއްޖެކަމަށް ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 256/G2C/2017 ޤަޟިއްޔާއިން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ނުފެނެއެވެ . ޙުކުމް : ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމުން، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 256/G2C/2017 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ox>> o.,;,. JOJ_,.,~.,., .SO..-:'.,~ 2019/HC-A/440 , "' 35 ' ' OX 0 :> :> •.1' .?./ .r v.? v ./. ~ :>o:>:> """" #o "" '~-'.?~-'./. .A.,?• JI.A~ .s .? # ~ ~ ~ *0 .,.,. 0 ~ , .,, ,/1A, V (! ,/"A,...._.,./. «>A-"J~ .; .; .... WWW· hig hc ourt·gov·mv info@ hig hcou rt ·gov.mv
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ)
- ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ)
- ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ހ) އާއި (ރ)
- ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ)، (ކ) އާއި (އ)
- ޤާނޫނުއަސާސީގެ 223 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- ޤާނޫނު ނަންބަރު 12/2009 ގެ 25، 47، 48 ވަނަ މާއްދާ
- ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރު
- ސުޕްރީމް ކޯޓުގެ 2019/SC-A/77
- ސުޕްރީމް ކޯޓުގެ 2010/SC-A/19
- ސުޕްރީމް ކޯޓުގެ 2014/SC-A/18
- ސުޕްރީމް ކޯޓުގެ 2018/SC-A/24
- ހައިކޯޓުގެ 2017/HC-A/257
- ހައިކޯޓުގެ 2016/HC-A/430
- ހައިކޯޓުގެ 2012/HC-A/14
- ހައިކޯޓުގެ 2012/HC-A/129
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުއްރައޫފު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް