ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/479
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ވ. ޢަބްދުއްރައްޒާޤު މުޙައްމަދު، 2019/HC-A/479
Ministry of Housing and Infrastructure v. Abdhurazaaqu Mohamed 2019/HC-A/479 (2019/HC-A/479, High Court of the Maldives, 15 February 2022)
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ވ. ޢަބްދުއްރައްޒާޤު މުޙައްމަދު
މައިގަނޑު ސުވާލު
ދ. ވާނީ މީހުން ދ. ކުޑަހުވަދޫއަށް ބަދަލުކުރުމުގެ ލިސްޓުގައި ހިމެނޭ ފަރާތަކަށް 8 މަސްދުވަހުގެ ތެރޭގައި ހައުސިންގ ޔުނިޓެއް ހަވާލުކުރަން ދައުލަތަށް އަމުރުކުރުމަކީ ހިޔާވަހިކަން ދިނުން ދައުލަތުގެ ކެރިފޯރުންތެރިކަމާ ގުޅުވާލާ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާއާއި 2012/HC-A/273 ގެ އުޞޫލާ ޚިލާފުތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ނުވަތަ ހެކިތަކަށް ރިޢާޔަތްނުކުރާކަމަށް ހަމައެކަނި ބުނުމަކުން ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ އިސްތިއުނާފުގެ މިންގަނޑަށް ނުފޯރާނެއެވެ؛ ޤާނޫނީ ގޯހެއް، ޙައްޤު ގެއްލުމެއް ނުވަތަ އިންސާފަށް ހުރަސްއެޅުމެއް ބުނާނަމަ، އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފީ ނުކުތާގައި ސާފުކޮށް ބުނަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8، 9.1)
- ހައުސިންގ ޔުނިޓެއް ހަވާލުކުރުމަށް ކަނޑައަޅަންޖެހޭ ވަކި މުއްދަތެއް ބަޔާންކޮށްފައިވާ ޤާނޫނީ ހަމައެއް ނެތްއިރު، ދަށުކޯޓުން ކަނޑައެޅި މުއްދަތަކީ ހިޔާވަހިކަން ދިނުން ދައުލަތުގެ ކެރިފޯރުންތެރިކަމާ ގުޅުވާލާ އުޞޫލާ ޚިލާފުވާ ގޮތް ދައުލަތުން ބަޔާންކޮށް ނުދެވިއްޖެނަމަ، އެ ނުކުތާއަކީ ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9، 9.1)
- ހަމަ މި މައުޟޫޢުގައި މި ކޯޓުން ކުރިން ބެލި ދިވެހި ދައުލަތް ވ. ސިއްތި މައްސަލައިގައިވެސް، ހައުސިންގ ޔުނިޓް ހަވާލުކުރުމަށް 8 މަސްދުވަހުގެ މުއްދަތަކީ ދިގު މުއްދަތެއްކަމަށް ކަނޑައަޅާފައެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9.2)
1މިއީ ސިވިލް ކޯޓުގެ ނަންބަރު 2857/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް (ދިވެހި ދައުލަތް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދ. ވާނި، ވިލާޑީހއުސް، ޢަބްދުއްރައްޒާޤު މުޙައްމަދު (ދރއ އެވެ.
2ސިވިލް ކޯޓުގެ ނަންބަރު 2857/Cv-C/2018 ޤަޟިއްޔާ ގައި ދަޢުވާލިބުނު ދެވަނަ ފަރާތެއްގެ ގޮތުގައި ނިލަންދެއަތޮޅު ދެކުނުބުރި ކުޑަހުވަދޫ ކައުންސިލްގެ އިދާރު ހިމެނޭތީ، މި އިސްތިއުނާފީ މައްސަލައަށް ތަދައްޚުލުވުމުގެ ފުރުޞަތު އޮތްކަން ނިލަންދެއަތޮޅު ދެކުނުބުރި ކުޑަހުވަދޫ ކައުންސިލްގެ އިދާރއަށާ މި ކޯޓުން އަންގާފައިވާއިރު ތަދައްޚުލުވެފައިނުވެއެވެ.
3ސިވިލް ކޯޓުގެ ނަންބަރު 2857/Cv-C/2018 ޤަޟިއްޔާގައި ކުރެވުނު ދަޢުވާއަކީ ދ. ވާނީ ރައްޔިތުންނަށް ދ. ކުޑަހުވަދޫގައި އިމާރާތްކުރާ 53 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ގޮތުގައި، ދ. ވާނީ ކައުންސިލުން ކަނޑައަޅާފައިވާ ފަރާތްތަކުގެ ލިސްޓުގެ 51 ވަނަ ނަންބަރުގައި ދ. ވާނީ، […] ޢަބްދުއްރައްޒާޤު މުޙައްމަދުގެ ނަމުގައި ދ. ވާނީ ގައި އޮންނަ، ދ. ވާނީ "ޝަބްނަމްވިލާ" ކިޔާ ގޯތި ހިމެނިފައި ވީ ނަމަވެސް އެގޯތީގެ ބަދަލުގައި ހައުސިންގ ޔުނިޓެއް ޙަވާލުކޮށްފައި ނުވާތީ، ދ. ކުޑަހުވަދޫއިން ދ. ވާނީ . މިހާރު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލެނީންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ބަދަލުވި އެހެން ފަރާތްތަކަށް ދޫކޮށް ރަޖިސްޓްރީ ކޮށްފައިވާ ފަދަ ހައުސިންގ ޔުނިޓެއް ލިބިގަތުމަށާއި، ބިމާއި މުދަލުން ތަސައްރަފުކުރުމުގެ ޙައްޤު ހޯދުމަށް އެދި، ދ. ވާނީ، […] ޢަބްދުއްރައްޒާޤު މުޙައްމަދުގެ ފަރާތުން، އެއިރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި ދ. ކުޑަހުވަދޫ ކައުންސިލްގެ އިދާރާ އަށް ރައްދުވާގޮތަށް، ދިވެހި ދައުލަތުގެ މައްޗަށް ކުރި ދަޢުވާއެވެ.
4ސިވިލް ކޯޓުގެ ނަންބަރު 2857/Cv-C/2018 ޤަޟިއްޔާ ގެ ޙުކުމުގައިވަނީ އަންނަނިވި ފަދައިންނެވެ. ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަ ކުރެވުނު ނުކުތާތަކާއި، ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބަލާއިރު، ސިވިލްކޯޓުގެ ނަންބަރު 2086/Cv-C/2015 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް، ދ. ވާނީ މީހުން ދ. ކުޑަހުވަދޫ އަށް ބަދަލުކުރުމުގެ ގޮތުން، ދ. ކުޑަހުވަދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައ ލިބް ފަރާތްތަކުގެ ލިސްޓުގެ 51 ވަނަ ފަރާތު ގެ ގޮތުގައި، ދަޢުވާކުރާ ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ، ދ. ވާނީ "ޝަބްނަމްވިލާ " އެވެ ކިޔާ ގޯތި ހިމަނާފައި އޮންނަކަމާއި، އެ ލިސްޓުގައި ހިމަނާފައިވާ ފަރާތްތަކުގެ ތެރެއިން 50 ފަރާތަށް ހައުސިންގ ޔުނިޓް ޙަވާލުކުރައްވާފައި ވާއިރު، ދ. ވާނީ "ޝަބްނަމްވިލާ" އެވެ ކިޔާ ގޯތީގެ ބަދަލުގައި ދ. ކުޑަހުވަދޫއިން، ދަޢުވާކުރާ ފަރާތަށް ހައުސިންގ ޔުނިޓެއް ޙަވާލުކޮށްފައިނުވާކަން، ދަޢުވާލިބޭ ފަރާތުގެ ބަހުންނާއި، ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ޘާބިތުވާތީ، ދ. ވާނީ މީހުން ބަދަލުކުރުމަށް ދ. ކުޑަހުވަދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ލިސްޓްގައި ހިމެނިފައިވާ އެހެން ފަރާތްތަކަށް ހައުސިންގ ޔުނިޓް ޙަވާލުކޮށްފައިވާ އުޞޫލުން، އެފަދަ ހައުސިންގ ޔުނިޓެއް، 30 ޖުލައި 2019 މިދުވަހުން ފެށިގެން 08 (އަށެއް) މަސްދުވަހުގެ ތެރޭގައި، ދ. ވާނީ، […] ޢަބްދުއްރައްޒާޤު މުޙައްމަދު އާއި ޙަވާލުކުރުމަށް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް . ސިވިލް ކޯޓުގެ ނަންބަރު 2857/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު . ސިވިލް ކޯޓުގެ ނަންބަރު 2857/Cv-C/2018 ޤަޟިއްޔާގެ ޙުކުމް އިންފްރާސްޓްރަކްޗަރ އަށާއި، ދ. ކުޑަހުވަދޫ ކައުންސިލް އަށާއި، އަދި ދިވެހި ދައުލަތަށް އަންގައި، ދ. ކުޑަހުވަދޫ ކައުންސިލްގެ ޣައިރުޙާޟިރުގައި ޙުކުމް ކޮށްފީމެވެ.
5ސިވިލް ކޯޓުގެ ނަންބަރު 2857/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ދިވެހި ދައުލަތގު ފަރާތުން ހުށަހަޅަފައިވަނީ 1 (އެކެއް) ނުކުތާއެވެ. އެ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާއާއި ދިވެހރި އްޖޭގާ ހައިކޯޓުގެ ނަންބަރު 2012/HC-A/273 ޤަޟިއްޔާގައި، ހިޔާވަހިކަން ހޯދައިދިނުން ދައުލަތުގެ މައްޗަށް ލާޒިމުވާނީ ދައުލަތުގެ ކެރިފޯރުންތެރިކަމުގެ މައްޗަށްކަމަށް ކަނޑައަޅުއްވާފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 2857/Cv-C/2018 ޤޟިއްޔާގަ ނިންމމު ގައި، ދ.ވާނީ، […] ޢަބްދުއްރައްޒާޤު މުޙައްމަދު އަށް 8 (އަށެއް) މަސް ދުވަހުގެ ތެރޭގައި ދ.ކުޑަހުވަދޫއިން ހައުސިންގ ޔުނިޓެއް ޙަވާލުކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އިސްތިއުނާފަށް މައްސަލް ހުށަހެޅުނު އިރު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް)، ދ.ކުޑަހުވަދޫ ކައުންސިލް އަދި ދިވެހި ދައުލަތަށް އަންގައި، އަމުރކޮށްފައު ވަނި ޤާނޫނުއަސާސީގެ 23 ވަނަ މާއްދާއާއި އިސްވެ ބަޔާންކުރި އުސޫލާ ޚިލާފަށް ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފު ނުކުތާއާމެދާ ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
6އިސްތިއުނާފީ ނުކުތާއާ ގުޅިގެން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވަނީ ޢަބްދުއްރައްޒާޤު މުޙައްމަދު އަށް 8 (އަށެއް) މަސް ދުވަހުގެ ތެރޭގައި ދ.ކުޑަހުވަދޫއިން ހައުސިންގ ޔުނިޓެއް ޙަވާލުކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އިސްތިއުނާފަށް މައްސަލަ ހުށަހެޅުނު އިރު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އަދި މިހާރު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލެނީންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ)، ދ.ކުޑަހުވދަ ކައުންސިލް އަދި ދިވެހި ދައުލަތަށް އަންގައި، އަމުރުކޮށްފައި ވަނީ ޤާނޫނުއަސާސީގެ 23 ވަނަ މާއްދއާއާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/273 ޤަޟިއްޔާގައި، ހިޔާވަހިކަން ހޯދައިދިނުން ދައުލަތުގެ މައްޗަށް ލާޒިމުވާނީ ދައުލަތުގެ ކެރިފޯރުންތެރިކަމުގެ މައްޗަށްކަމަށް ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް ކަމަށެވެ. ނަމަވެސް ޝަރީޢަތުން ކުރި ސުވާލަކަށް ޖަވާބުދެމުން ދައުލަތުން ބުނެފައިވަނީ ހައުސިންގ ޔުނިޓް ޙވާލުކުރެވޭނަ މުއްދަތެއް ސިވިލް ކޯޓުގައި ބަޔާންކޮށްދީފައިނުވާނެކަމަށާއި އަދި ހައުސިންގ ޔުނިޓެއް ޙަވާލުކުރުމަށް ކަނޑައެޅޭނެ ވަކި މުއްދަތެއް އެއްވެސް ޤާނޫނީ ނައްސެއްގައި ބަޔާންކޮށްފައިނުވާކަމަށެވެ. އެހެނަސް ހައުސިންގ ޔުނިޓް ފޯރުކޮށްދިނުމަށް ދައުލަތަށް ވަގުތު ބޭނުންވާނެ ކަމަށާއި އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ސިވިލް ކޯޓުން ކަނޑައަޅާފައިވާ މުއްދަތުގެ ބައި ބާޠިލްކޮށްދިނުން ކަމަށެވެ.
7އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ޢަބްދުއްރައްޒާޤު މުޙައްމަދުގެ ފަރާތުން ފާހަގަކޮށްފައިވަނީ މި ޤަޟިއްޔާގެ ޝަރީޢަތުގެ އަޑުއެހުން ބޭއްވުމާ ހަމައަށްވެސް ހައުސިންގ ޔުނިޓް ލިބިފައި ނުވާކަމަށާއި ސިވިލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ދެކޭ ކަމަށެވެ. އެހެންކަމުން އެ ނިންމުން ދަމަހައްޓައިދިނުން އެދޭކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ މިންގަނޑު
8ޕްރިސިޑެންސް 1މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނގު 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް . ޤާނޫނު ނަންބަރު 2010/22 ވާސީލުނުވެވޭނެކަމާއ ޤާނޫނި ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާ ނަމަ ނުވަތަ ޙައްޤުތައް ގެއްލިފައިވާކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސްއެޅިފައިވާކަމަށް ބުނާ ނަމަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87، 2019/SC-L/88، 2019/SC-L/89، 2019/SC-L/90 އަދި 2019/SC-L/91 މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު ތަކުގައި ކަނޑައަޅުއްވާފައިވެއެވެ.
9ޕްރިސިޑެންސް 2ޕްރިސިޑެންސް 3މި މައްސަލައިގައި ހުށަހެޅުނު އިސްތިއުނާފީ ނުކުތާއަކީ ސިވިލް ކޯޓުގެ ނިންމުމުގައި ޢަބްދުއްރައްޒާޤު މުޙައްމަދު އަށް 8 (އަށެއް) މަސް ދުވަހުގެ ތެރޭގައި ދ.ކުޑަހުވަދޫއިން ހައުސިންގ ޔުނިޓެއް ޙަވާލުކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އިސްތިއުނާފަށް މައްސަލް ހުށަހެޅުނު އިރު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އަދި މިހާރު މނިސްޓްރި އޮފް ނޭޝަނަލް ޕްލެނީންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ)، ދ.ކުޑަހުވަ ދ ކައުންސިލް އަދި ދިވެހި ދައުލަތަށް އަންގައި، އަމުރުކޮށްފައިވަނީ ޤާނޫނުއަސާސީގެ 23 ވަނަ މާއްދއާއާ ދިވެހރާއްޖޭގި ހައިކޯޓުގެ ނަންބަރު 2012/HC-A/273 ޤަޟިއްޔާގައި، ހިޔާވަހިކަން ހޯދައިދިނުން ދައުލަތުގެ މައްޗަށް ލާޒިމުވާނީ ދައުލަތުގެ ކެރިފޯރުންތެރިކަމުގެ މައްޗަށްކަމަށް ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މި ނުކުތާއާ ގުޅިގެން ޝަރީޢަތުން ދައުލަތާ ކުރި ސުވާލަކަށް ޖަވާބުދެމުން ހައުސިންގ ޔުނިޓް ޙަވާލުކުރެވޭނެ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87، 2019/SC-L/88، 2019/SC-L/89، 2019/SC-L/90 އަދި 2019/SC-L/91 މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު މުއްދަތެއް ސިވިލް ކޯޓުގައި ބަޔާންކޮށްދީފައިނުވާނެކަމަށާއި އަދި ހައުސިންގ ޔުނިޓެއް ޙަވާލުކުރުމަށް ކަނޑައެޅޭނެ ވަކި މުއްދަތެއް އެއްވެސް ޤާނޫނީ ނައްސެއްގައި ބަޔާންކޮށްފައިނުވާކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި އެފަދައިން ކަނޑައަޅަންޖެހޭ ވަކި މުއްދަތެއް ބަޔާންކޮށްފައިވާ އެއްވެސް ޤާނޫނީ ހަމައެއް ނެތެވެ.
9.1. އިސްވެ ފާހަގަކުރެވުނު ފަދައިން މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގޯ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސީލުނުވެވޭނެކަމއާ ޤާނޫނި ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާ ނަމަ ނުވަތަ ޙައްޤުތައް ގެއްލިފައިވާކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސްއެޅިފައިވާކަމަށް ބުނާ ނަމަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެވަނީ ކަނޑައަޅުއްވާފައެވެ. މި އިސްތިއުނާފީ ނުކުތާގައި އުފެދޭ ޤާނޫނީ ބަހުސެއް ދައުލަތަށް ބަޔާންކޮށދެވިފައިވޭތޯ ބަލާއިރު، ޤާނޫނުއަސާސީގެ 23 ވަނަ މާއްދާ އާއި ދިވެހރާއްޖޭގި ހައިކޯޓުގެ ނަންބަރު 2012/HC-A/273 ޤަޟިއްޔާގައި، ހިޔާވަހިކަން ހޯދައިދިނުން ދައުލަތުގެ މައްޗަށް ލާޒިމުވާނީ ދައުލަތުގެ ކެރިފޯރުންތެރިކަމުގެ މައްޗަށްކަމަށް ކަނޑައަޅުއްވާފައިވާ އުސޫލާ، މި މައްސަލާގައި ސިވިލް ކޯޓުން ކަނޑައަޅާފައިވާ 8 (އަށެއް) މަސްދުވަހުގެ ތެރޭގައި ދައުލަތުގެ ފަރާތުން ހައުސިންގ ޔުނިޓެއް ޢަބްދުއްރައްޒާޤު މުޙައްމަދު އާ ޙަވާލުކުރުމަށް ކަނޑައެޅި ކަނޑައެޅުމާ ޚިލާފުވާ ގޮތެއް، ނުވަތަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސެއް ދައުލަތަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަޔާންކޮށްދެވިފައި ނުވެއެވެ. އެހެންކަމުން މި ނުކުތާއަކީ . ޤާނޫނު ނަންބަރު 2010/22 ޝަރީޢަތުން އެ މައްޗށަ ގޮތް ކަނޑައަޅަންޖެހަ ގޮތަކަށް ހުށަހަޅާފައިވާ ނުކުތާއެއް ކަމުގައި އަހުރެން ނުދެކެމެވެ.
9.2. ބަހުސްގެ ބޭނުމަށް ބަލާއިރުވެސް ދައުލަތުގެ ފަރާތުން މި ޤަޟިއްޔާގައި ހުށަހެޅި އިސްތިއުނާފީ ނުކުތާގެ މައްޗަށް މި ކޯޓުގައި އެހެން ޤަޟިއްޔާއެއް އިސްތިއުނާފުކޮށް މި މައުޟޫޢު ގައި މައްސަލައެއް މި ކޯޓުން ބަލާފައިވެއެވެ. އެ މައްސަލައަކީ ދިވެހި ދައުލަތް ވ. ސިއްތި މައްސަލައެވެ. ނަމަވެސް އެ ޤަޟިއްޔާގައިވެސް 8 (އަށެއް) މަސް ދުވަހުގެ މުއްދަތަކީ ހައުސިންގ ޔުނިޓް ޙަވާލުކުރުމަށް ދިގު މުއްދަތެއް ކަމަށް ކަނޑައަޅުއްވާފައިނުވެއެވެ.
10އިސްވެ ފާހަގަކުރެވުނު ކަންކަން އެހެން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު 2857/Cv-C/2018 ޤަޟިއްޔާ ގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ހަމައެއް އޮތް ކަމަކަށް އަހުރެން ނުދެކެމެވެ. ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައު ޔު؛
11ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
12ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/494 ޤަޟިއްޔާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާ
- ހައިކޯޓުގެ ނަންބަރު 2012/HC-A/273 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87، 2019/SC-L/88، 2019/SC-L/89، 2019/SC-L/90 އަދި 2019/SC-L/91 (މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓުތައް)
- ހައިކޯޓުގެ ނަންބަރު 2019/HC-A/494 ޤަޟިއްޔާ (ދިވެހި ދައުލަތް ވ. ސިއްތި)
- ބެންޗު
- ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް