ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/196
އިސްމާޢީލް ޝަފީޤް ވ. ބޭންކް އޮފް މޯލްޑިވްސް، 2023/HC-A/196
Ismail Shafeeq v. Bank of Maldives 2023/HC-A/196 (2023/HC-A/196, High Court of the Maldives, 7 December 2023)
އިސްމާޢީލް ޝަފީޤް ވ. ބޭންކް އޮފް މޯލްޑިވްސް
މައިގަނޑު ސުވާލު
ރަހުނު ހިމެނޭ ދަރަނީގެ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައެއްގައި، ޤާނޫނީ ވަކީލަކު އައްޔަންކުރުމުގެ ފުރުޞަތު ނުދީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ޣައިރު ޙާޟިރުގައި ޙުކުމްކޮށްފައިވޭތޯ (2023/HC-A/196)؛ އަދި މަދަނީ އިޖުރާއަތުގެ ޤާނޫނު ފެށުމުގެ ކުރިން ހުށަހެޅި ނަމަވެސް ފަހުން ޙުކުމްކުރި ތަންފީޛީ މައްސަލަ ބަލަންވީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދާ އެއްގޮތަށްތޯ (2023/HC-A/105).
ނިންމި ގޮތް
އިސްމާޢީލް ޝަފީޤްގެ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ޙުކުމަށް ބަދަލު ނުގެނެވޭ (ނަމަވެސް 2023/HC-A/105 ގައި ދަށުކޯޓުގެ ޙުކުމް ބާޠިލުކޮށް އަލުން ބެލުމަށް ފޮނުވި)
ކަނޑައެޅުނު އުޞޫލުތައް
- ދަށު ކޯޓުގެ އެއް ޤަޟިއްޔާއެއްގެ މައްޗަށް ހުށަހެޅޭ ދެ އިސްތިއުނާފު، ސުޕްރީމް ކޯޓުގެ 2018/SC-A/31 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި ހައިކޯޓުގެ 'މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލު' އަށް ރިޢާޔަތްކޮށް، ފަނޑިޔާރުންގެ އެއް ބެންޗަކުން އެކުއެކީގައި ބަލައި، އެއް 'ޝަރީޢަތް ނިމުނުގޮތް' ރިޕޯޓެއްގެ ގޮތުގައި ލިޔެވިދާނެއެވެ.
- ޤާނޫނީ ވަކީލަކު އައްޔަންކުރުމަށް އެދުމުން ދަށު ކޯޓުން އެ ފުރުޞަތު ދީފައިވާއިރު، ޙުކުމް ކުރުމާ ހަމައަށްވެސް ވަކީލަކު އައްޔަންކޮށް ކޯޓަށް ނާންގާނަމަ، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ނިގުޅައިގަނެވިއްޖެކަމަށް ބުނެވޭނެ ބިންގާއެއް ނެތެވެ.
- ފަރާތެއް ކޯޓަށް ޙާޟިރުކުރުމަށް ތަކުރާރުކޮށް އަމުރު ފޮނުވައި، ޣައިރު ޙާޟިރުގައި މައްސަލަ ހިންގާނެކަން އިޢުލާނުކޮށްގެންވެސް ޙާޟިރު ނުވާނަމަ، އޭނާގެ ޣައިރު ޙާޟިރުގައި ޙުކުމް ކުރުމަކީ ޤާނޫނީ ހަމަތަކާ ޚިލާފު ކަމެއް ނޫނެވެ. އެކަމުގައި ދަށު ކޯޓުން ޚިލާފުވެފައިވާ ޤާނޫނީ މަސްދަރެއް ނުވަތަ ހަމައެއް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްދޭންވާނެއެވެ.
- މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް، ނުވަތަ ހެކިތަކަށް ރިޢާޔަތްކުރަންޖެހޭ މިންވަރަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ހަމައެކަނި ބުނުމަކުން ކޯޓުތަކުގެ ޤާނޫނުގެ ދަށުން އިސްތިއުނާފުކުރުމުގެ މިންގަނޑަށް ނުފޯރާނެއެވެ. ޤާނޫނީ ގޯހެއް، ޙައްޤު ގެއްލުމެއް ނުވަތަ އިންސާފަށް ހުރަސްއެޅުމެއް ބުނާނަމަ، އެކަމުގައި އުފެދޭ ޤާނޫނީ ބަހުޘަކީ ކޮބައިކަން ސާފުކޮށް ބުނަންވާނެއެވެ. (ސުޕްރީމް ކޯޓުގެ 2019/SC-L/87 އާއި ގުޅުންހުރި މައްސަލަތަކުގެ ރިޕޯޓު)
- އިސްތިއުނާފީ ނުކުތާތަކުގައި ޤާނޫނުތަކުގެ މާއްދާތަކާއި ޤާނޫނީ މަސްދަރުތަކާއި މަތީ ކޯޓުތަކުގެ ނިންމުންތައް ހަމައެކަނި ލިޔެފައި އޮތުމަކުން ނުފުދެއެވެ. އެ މަސްދަރަކާ ނުވަތަ ހަމައަކާ ދަށު ކޯޓުން ޚިލާފުވިގޮތާއި، އެކަމުގެ އަސަރު ޙުކުމަށް ކުރާގޮތް ސާފުކޮށް ކިޔައިދޭންވާނެއެވެ. ވާގިޢާއަކާ ޚިލާފަށް ކަމަށް ބުނާނަމަ އެ ގޯސް ހެކިޤަރީނާއިން ސާބިތުކޮށްދީ، ނަތީޖާއަށް ކުރާ އަސަރު ބުނަންވާނެއެވެ. އިޖުރާއަތަކާ ޚިލާފުވިކަމަށް ބުނާނަމަ، ޚިލާފުވި ގޮތާއި ޙުކުމަށް ކުރާ އަސަރު ބުނަންވާނެއެވެ.
- ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓާއި ލިޔެކިޔުންތަކުން ސާފުކޮށް ސާބިތުވެފައިވާ ވާގިޢާތަކާ ޚިލާފަށް ހުށަހަޅާ އިސްތިއުނާފީ ނުކުތާތަކަކީ ބަލައިގަންނަންޖެހޭ ނުކުތާތަކެއް ނޫނެވެ. އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާ މިފަދަ މައްސަލަތައް ރަޖިސްޓްރޭޝަން މަރުޙަލާގައިވެސް ދިރާސާކޮށް ފިޔަވަޅު އެޅުން މުހިންމެވެ.
- މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހުށަހެޅި ޙުކުމް ތަންފީޛުކުރުމުގެ މައްސަލައެއްގެ ޙުކުމް، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ކުރެވިފައިވާނަމަ، ޤާނޫނުގެ އިންތިޤާލީ މާއްދާއާއި ސުޕްރީމް ކޯޓުގެ މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ވ. ސްޓޭޓް ބޭންކް އޮފް އިންޑިޔާ ޤަޟިއްޔާގެ އުޞޫލަށް ބިނާކޮށް، އެ ތަންފީޛީ މައްސަލަ ބަލަންވާނީ އެ ވަގުތު ޢަމަލުކުރަމުންދާ މަދަނީ އިޖުރާއަތުގެ ޤާނޫނާއި ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދުގައި ތަންފީޛީ މައްސަލަތަކަށް ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށެވެ.
- ވަކި ކަމަކަށް ނުވަތަ މުޢާމަލާތަކަށް ތަޠްބީޤުވާ ޤާނޫނެއް ޢަމަލުކުރެވެމުންދާނަމަ، އެ ޤާނޫނާ އެއްގޮތަށް ޢަމަލުކުރުން މައްސަލައިގެ އެންމެހައި ފަރާތްތަކަށް ލާޒިމުވެ، ރަހުނު ތަންފީޛުކުރާނަމަ އެކަން ކުރަންވާނީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނާ އެއްގޮތަށެވެ. (ސުޕްރީމް ކޯޓުގެ ނިންމުމަށް ހައިކޯޓުން ތަޠްބީޤުކުރި އުޞޫލު)
- ދަށު ކޯޓުން ތަންފީޛީ މައްސަލަ ނިންމިއިރު ޢަމަލުކުރަމުންދިޔަ ޤަވާޢިދުގެ އިޖުރާއަތު ފުރިހަމަކޮށްފައިވާކަން ނޭނގޭއިރު، ދެފަރާތުންވެސް ޤަވާޢިދު ތަޠްބީޤުކޮށް އަލުން ބެލުމަށް އެދޭނަމަ، ޚަޞްމުންގެ މަޞްލަޙަތާއި ޢަދުލު އިންޞާފުގެ ހަމަތަކަށް ރިޢާޔަތްކޮށް ޙުކުމް ބާޠިލުކޮށް މައްސަލަ ދަށު ކޯޓަށް ތަޙްވީލުކުރުމަށް ހުރަހެއް ނެތެވެ.
ފާޠިމަތު ފަރްހީޒާ ތާއީދުކުރައްވާފައި) މައްސަލައިގެ ތަޢާރަފު
3މިއީ އަރިއަތޮޅު އުތުރުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2018-8-6/U ޤަޟިއްޔާގެ 3 (ދޭއް) އިސްތިއުނާފެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި މައްސަލައެވެ. އެއީ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް (މީގެ ފަހުން "ބޭންކ އޮފް މޯލްޑިވްސް" ކަމަށް ބަޔާންކުރެވިފައި) (ރަޖިސްޓްރީ ނަންބަރު 22/1982-C) ގެ ފަރާތުން ހުށަހެޅި ޤަޟިއްޔާ އާއި، މާލެ، ދަފްތަރު. ނަންބަރު ރސ 5266، އިސްމާޢީލް ޝަފީޤް (ދރއ ގެ ފަރާތުން ހުށަހެޅި ޤަޟިއްޔާއެވެ.
3. އެގޮތުން، ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ ރަޖިސްޓްރީ ކުރެވިފައިވަނީ މިކޯޓުގެ ނަންބަރު 2023/HC-A/105 ޤަޟިއްޔާގައެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ، މާލެ، ދަފްތަރު. ނަންބަރު ރސ 5266، އިސްމާޢީލް ޝަފީޤް އެވެ.
2މާލެ، ދަފްތަރު. ނަން ބަރު ރސ 5266، އިސްމާޢީލް ޝަފީޤް ގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ ރަޖިސްޓްރީ ކުރެވިފައިވަނީ މިކޯޓުގެ ނަންބަރު 2023/HC-A/196 ޤަޟިއްޔާގައެވެ. މި ޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ، ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް އެވެ.
1. އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާތަކަކީ ދަށު ކޯޓުގެ އެއް ޤަޟިއްޔއެއާގ ދެ އިސްތިއުނާފެ ކަމަށު ވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް 2 1 ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި މިފަދަ މައްސަލަތައް ހިންގުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ 'މައްސަލަބަލާ ފަނޑިޔާރންގު މަޖިލިސް އެއްގޮތްކުރުކުމާބެހޭ އުޞޫލު' އަށް ރިޢާޔަތްކޮށް މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންގެ އެއް ބެންޗަކުން މި އެކުއެކީގައި ކަމަށް ވުމާއެކު "ޝަރީޢަތް ނިމުނުގޮތް" އެއް ރިޕޯޓެއްގެ ގޮތުގައި ލިޔުން ބޭނުންތެރިކަމެއްކަމަށް ފެންނާތީ އެގޮތުގެމަތިން ލިޔެފައިވަނީއެވެ.
5ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރ 34/2007-RSDB/ADV (31 ފެބުރުވަރީ 3223) ސޭންކްޝަން ސިޓީ ގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ އެއްބަސްވެގެން ދަފްތަރު. ނަންބަރު ރސ 5266، އިސްމާޢީލް ޝަފީޤް އަށް -1,800,000/ރ. (އެއްމިލިއަން އަށްލައްކަ ރުފިޔާ) ގެ ލޯނެއް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރިއެވެ.
6މި ފައިސާ އެއްބަސްވުމާ އެއްގޮތަށް ދައްކާފައިނުވާތީ އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2014-2-20/U ޤަޟިއްޔާގައި ބޭންކ އޮފް މޯލްޑިވްސް އިން އިސްމާޢީލް ޝަފީޤްގެ މައްޗަށް ދައުވާކުރިއެވެ. އަދި އެ ދައުވާއާ ގުޅިގެން އިސްމާޢީލް ޝަފީޤްގެ މައްޗަށް ދަރަނި ސާބިތުވިއެވެ.
3ބުނެވުނު ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް އިސްމާޢީލް ޝަފީޤް ފައިސާ ދައްކާފައިނުވާތީ، އެ ޤަޟިއްޔާގެ ޙުކުމް ތަންފީޛްކުރުމަށ އެދް ތަންފީޛީ މައްސަލައެއް އަރިއަތޮޅު އުތުރުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2018-8-6/U ޤަޟިއްޔާގައި ބޭންކް އޮފް މޯލްޑި ވްސ އިން ހުށަހެޅިއެވެ. . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާގެ 32 ވަނަ ނުކުތާގައި ފަނޑިޔާރުންގެ ޢާންމުމަޖިލިހުގެ ނަންބަރު: 02/FAM/2021 ( 33 ޖަނަވަރީ 3233 ) ގައި ފާސްކުރައްވާފައިވާ އުޞޫލު
2. އަރިއަތޮޅު އުތުރުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2018-8-6/U ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް އިސްމާޢީލް ޝަފީޤް ޙާޟިރުކުރުމަށް ގިނަ މަސައްކަތްތަކެއކޮށް، އެތައް ފަހަރެއްގެމަތިން އަންގައިގެން 32 ޖަނަވަރީ 3233 ދުވަހު އިސްމާޢީލް ޝަފީޤް މާޅޮހު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރެވި ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވިފައި ވެއެވެ. އަދި އެ އަޑުއެހުމުގައި 32 ދުވަހުގެ މުއްދަތުގައި ލިއުމުން ޖަވާބުދޭނެކަމަށް އިސްމާޢީލް ޝަފީޤް ބުނުމަށްފަހު އޭގެފަހުން ޝެޑިއުލްކުރެވުނު އެއްވެސް ޝަރީޢަތުގެ މަޖިލީހަކަށް ޙާޟިރުނުވުމުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އިސްމާޢީލް ޝަފީޤްގެ ޣައިރު ޙާޟިރުގައި އެމައްސަލަ ހިންގާ ޙުކުމްކޮށްފައިވެއެވެ. އަރިއަތޮޅު އުތުރުބުރި މާޅޮހު މެޖިސްޓްރޭޓް ކޯޓގު ޙުކުމް (ތަންފީޛީ ޤަޟިއްޔާ) "ދެންފަހެ، އއ.ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ C/2014-2-20/U ޤަޟިއްޔާގެ ޙުކުމާ ގުޅިގެން، ދަޢުވާލިބޭ އިސްމާޢީލް ޝަފީޤްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދައްކަންޖެހޭ ފައިސާ ލިބިދިނުމުގެ ގޮތުން ބުނެވިދިޔަ ޤަޟިއްޔާގައި ރަހުނުކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވާ އަލްފާޟިލް އިސްމާޢީލް ޝަފީޤްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "އއ.މާޅޮސް/ މާފަހި" (ރަޖިސްޓްރީ ނަންބަރު U/94-8/I-I) އެވެ. ކިޔާ ބަންޑާރަ ގޯއްޗާއި އެގޯތީގައިވާ ޢިމާރާތްތަކާއި، "ހަވޭލި" (ރަޖިސްޓްރީ ނަންބަރު U-08 04-P4783A) އެވެ ކިޔުނު ދޯނި، މިއަދު 32 ޖެނުއަރީ 3232 މިދުވަހުން ފެށިގެން 26 (ހައެއް) މަސްދުވަހުގެ ތެރޭގައި ވިއްކާލުމަށްފަހު، އެކަން އއ.މާޅޮހު މެޖިސްޓްރޭޓު ކޯޓަށް އެންގުމަށް، ދަޢުވާލިބޭ ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް އަންގައި، "އއ.މާޅޮސް/ މާފަހި" އެވެ ކިޔާ ބަންޑާރަ ގޯއްޗާއި "ހަވޭލި" އެވެ ކިޔާ ދޯނި ވިއްކާލުމުގެ ހުއްދަ ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދީފީމެވެ."
3. މިއީ އަރިއަތޮޅު އުތުރުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2018-8-6/U ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އިސްމާޢީލް ޝަފީޤްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށހެޅުމުނަ ރަޖިސްޓްރީ ކުރެވުނު ނަންބަރު 2023/HC-A/196 ޤަޟިއްޔާގައި އަހުރެންގެ ރައުޔެވެ.
32.އަރިއަތޮޅު އުތުރުބުރި މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2018-8-6/U ޤަޟިއްޔާ އިސްތިއުނާފު ކުރަމުން އިސްމާޢީލް ޝަފީޤްގެ ފަރާތުން އަންނަނިވި 03 (ތިނެއް) ނުކުތާ ހުށަހަޅާފައި ވެއެވެ. ފުރަތަމަ ނުކުތާ އަކީ: އިސްތިއުނާފުކުރާ ފަރާތް ބަލިވެ އުޅޭކަމާއި ބައްޔަށް ފަރުވާ ހޯދާކަން އަންގާފައި ވުމާއެކުވެސ އެކަމަށް ރިޢާޔަތްނުކޮށް، ޣައިރު ޙާޟިރުގައި މި މައްސަލަ ނިންމާ، ރަހުނު ވިއްކާލުމަށް ހުއްދަ ދީފައިވަނީ ޖަވާބުދާރީވާން ފުރުޞަތު ނުދީ، އަދި ލޯނު ފައިސާ ދެއްކިދާނެތޯ ނުވަތަ ނޫންތޯ ބެލުމަކާނުލާ، ނުވަތަ ލޯނު ދެއްކުމަށް ބޭންކުން ޤަބޫލުކުރާ ފަދަ އައު ޕްރޮޕޯސަލްއެއް ހުށަހެޅުމުގެ ފުރުޞަތު ގެއްލިގެންދާ ގޮތަށް ކަމަށް ދެކޭތީ ޝަރީޢަތުން ޢަމަލު ކޮށްފައިވަނީ ޤާނޫނުއަސާސީގެ 31 ވަނަ މާއްދާއާއި، 33 ވަނަ މާއްދާ އާއި 12 ވަނަ މާއްދާގެ
(ށ) އާއި 13 ވަނަ މާއްދާގެ (ށ) އާއި 12 ވަނަ މާއްދާއާއި ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ދެވަނަ ނުކުތާ އަކީ: ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރަން ޖެހޭ ކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަނަ މާއްދާ އާއި 136 ވަނަ މާއްދާ ގައި ބަޔާންކޮށްފައވި އިޖުރާޢަތްތަށް ފުރިހަމަ ނުކޮށް ޣައިރު ޙާޟިރުގައި ޙުކުމް ކޮށްފައިވަނީ މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ 123 ވަނަ މާއްދާއާއި 136 ވަނަ މާއްދާއާއި ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ތިންވަނަ ނުކުތާ އަކީ: މި މައްސަލައި ގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދިފައި ވަނިކޮށް، އެފުރުޞަތު ނުދީ ޣައިރު ޙާޟިރުގައި މައްސަލަ ހިންގާފައިވަނީ ޤާނޫނއަސާސީގު 52 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީނުކުތާތަކާމެދ ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ )2023/HC-A/196(
33.އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އިސްމާޢީލް ޝަފީޤްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ދަށު ކޯޓުން އިސްމާޢީލް ޝަފީޤްގެ ޣައިރު ޙާޟިރުގައި މައްސަލައިގެ ޙުކުމްކޮށްފައިވަނީ ޤާނޫނީ އިޖުރާއަތުތައް ފުރިހަމަކުރުމަކާ ނުލައި އިސްމާޢީލް ޝަފީޤްގެ ޙައްޤުތައް ގެއްލޭގޮތަށް ކަމަށެވެ. އަދި ދަށު ކޯޓުން މައްސަލަ ނިންމާފައިވަނީ އިސްމާޢީލް ޝަފީޤް އަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ދިނުމަކާ ނުލައިކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ދަށު ކޯޓުގެ ޙުކުމް ބާޠިލްކޮށް މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަޙުވީލުކޮށްދިނުން ކަމަށެވެ.
33.ޖަވާބުގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ ދަށު ކޯޓުގައި މައްސަލަ ހިންގިއިރު އިސްމާޢީލް ޝަފީޤްއަށ ޤާނޫން ވަކީލަކީ އައްޔަންކުރުމަށް ފުރުޞަތު ދިންކަމަށެވެ. ނަމަވެސް ދެވުނު ފުރުޞަތުގައި އިސްމާޢީލް ޝަފީޤްގެ ފަރާތުން ވަކީލަކު އައްޔަންކޮށްފައިނުވަނީކަމަށެވެ. އަދި އިސްމާޢީލް ޝަފީޤް ކޯޓަށް ޙާޟިރުކުރުމަށް ތަކުރާރުކޮށް ދަށު ކޯޓުން މަސައްކަތްކޮށްފައިވާކަމާއި އެކަމުގެ ތަފްޞީލް ދަށު ކޯޓުގެ ރިޕޯޓުގައި ހިމެނިފައިވާކަމަށެވެ. އެހެންކަމުން މައްސަލައިގައި ޣައިރު ޙާޟިރުގައި ޙުކުމްކޮށްފައިވަނީ ޤާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށްގެންކަން އެނގޭކަމަށެވެ. ވުމާއެކު އިސްމާޢީލް ޝަފީޤްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި އުފެދޭ ޤާނޫނީ ބަހުސެއް އިސްމާޢީލް ޝަފީޤްގެ ފަރާތުން ބުނެދެވިފައިނުވާކަމަށެވެ. އެހެންކަމުން އިސްމާޢީލް ޝަފީޤްގ ފަރާތުން މި ޤަޟިއްޔާގައި މައްސަލަ އަލުން ބެލުމަށް ތަޙްވީލްކޮށްދިނުމަށް އެދިފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް މައްސަލަ ތަޙްވީލުކުރަންނުޖެހޭކަމަށެވެ. މި މައްސަލައިގައި ހައިކޯޓުގެ ކުރިމަތީގައިވާ ސުވާލު A/196)-(2023/HC
32.އިސްމާޢީލް ޝަފީޤްގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކޮށް ހުށަހަޅާފައިވާ މައިގަނޑު ނުކުތާތކަ ކ އިސްމާޢީލް ޝަފީޤގް ޣައިރު ޙާޟިރުގައި މައްސަލަ ހިންގާ ޙުކުމްކޮށްފައިވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށްކަމށާއަ އަދި އިސްމާޢީލް ޝަފީޤް އަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ދިނުމަކާ ނުލައި މައްސަލަ ނިންމާފައިވާކަމަށް ބުނެ، އިސްމާޢީލް ޝަފީޤްގެ ޙައްޤުތައް ގެއްލޭގޮތަށް ދަށު ކޯޓުން ޙުކުމްކޮށްފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާތަކެވެ.
31.އެހެންކަމުން މި މައްސަލައިގައި ހައިކޯޓުގެ ކުރިމަތީގައި ޖަވާބުދިނުމަށް އޮތީ އަންނަނިވި މައިގަނޑު ޤާނޫނީ ސުވާލުތަކެވެ.
31.3. ދަށު ކޯޓުން މައްސަލަ ހިންގާ ޙުކުމްކޮށްފައިވަނީ އިސްމާޢީލް ޝަފީޤްއަށ ޤާނޫން ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ދިނުމަކާނުލައިތޯ؟
31.3. އިސްމާޢީލް ޝަފީޤްގެ ޣައިރު ޙާޟިރުގައި ދަށު ކޯޓުން ޙުކުމްކޮށްފައިވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށްތޯ؟ ދަށު ކޯޓުން މައްސަލަ ހިންގާ ޙުކުމްކޮށްފައިވަނީ އިސްމާޢީލް ޝަފީޤްއަށ ޤާނޫން ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ދިނުމަކާނުލައިތޯ؟
35.މައްސަލައާ ގުޅިގެނާ އިސްމާޢީލް ޝަފީޤް 3 (އެކެއް) ފަހަރު ދަށު ކޯޓަށް ޙާޟިރުކުރެވި ބަޔާންނެގިފައިވެއެވެ. އެގޮތުން 32 ޖަނަވަރީ 3233 ދުވަހު އިސްމާޢީލް ޝަފީޤް ދިން އެ ބަޔާނުގައި މައްސަލަ ސާފުވެއްޖެކަމަށާއި ބޭނުންވަނީ ލިޔުމުން ޖަވާބު ދިނުމަށްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި "އަޅުގަނޑަށް ތިޔަ ދެއްވު 32 ދުވަހުގެ މުއްދަތުގައި އަޅުގަނޑު ލިޔުމުން ޖަވާބު ދޭނަމެވެ.." މިފަދައިން އެ ބަޔާނުގައި ބުނެފައިވެއެވެ.
36.މި ބަޔާނަށް އެކަނި ބެލުމުންވެސް މައްސަލައަށް ޖަވާބުދާރީ ވުމަށް އިސްމާޢީލް ޝަފީޤް އަށް 32 ދުވަހުގެ ފުރުޞަތު ދެވުނުކަން އިސްމާޢީލް ޝަފީޤް ގެ ބަހުންވެސް އެނގެއެވެ. އަދި މި 32 ދުވަހުގެ މުއްދަތަކީ އިސްމާޢީލް ޝަފީޤް ގެ އެދުމުގެމަތިން ޤާނޫނީ ވަކީލަކު އައްޔަންކުރުމަށް ދެވުނު 32 ދުވަސްކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ދަށު ކޯޓުން ފާހަގަކޮށްފައިވެއެވެ. މިކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގއަ އިސްމާޢީލް ޝަފީޤްގެ ފަރާތުން ޙާޟިރުވި ޤާނޫނީ ވަކީލާ ސުވާލުކުރުމުން އެ ފުރުޞަތު ދަށު ކޯޓުން ދިން ކަމަށާއި ނަމަވެސް ޙުކުމް ކުރުމާ ހަމައަށްވެސް ޤާނޫނީ ވަކީލަކު އައްޔަންކޮށް ދަށު ކޯޓަށް ލިޔުން ފޮނުވާފައިނުވާނެކަމަށް ބުނެފައިވެއެވެ.
33.ކަން މިހެން އޮތް އިރު، ދަށު ކޯޓުން މި މައްސަލައިގައި އިސްމާޢީލް ޝަފީޤްއަށް ލިބިގެންވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ނިގުޅައިގަނެފައިނުވާކަން ސާފުކޮށް އެނގެއެވެ. އެހެންކަމުން މި ނުކުތާގެ ވާގިއާ ހާމަވެ ފެންނަންއޮތީ އިސްމާޢީލް ޝަފީޤް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކިޔައި ދޭގޮތާ ޚިލާފަށްކަމުގައިވާތީ، އިސްމާޢީލް ޝަފީޤް އެދިފައިވާގޮތަށް މި ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތް ކަނޑައަޅާނެ ތަނެއް ނެތެވެ. އިސްމާޢީލް ޝަފީޤްގެ ޣައިރު ޙާޟިރުގައި ދަށު ކޯޓުން ޙުކުމްކޮށްފައިވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށްތޯ؟
32މި މައްސަލައިގައި އިސްމާޢީލް ޝަފީޤްގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފައިވާއިރު، އެ ޙުކުމް އެގޮތުގައި ކޮށްފައިވާ ސަބަބުތައް ވަރަށް ތަފްޞީލުކޮށް ދަށު ކޯޓުން ބަޔާންކޮށްފައިވެއެވެ. އެގޮތުން މައްސަލައިގެ ފަސްފަހަތް ބަޔާންކޮށްފައިވާ ބައިގައި، އިސްމާޢީލް ޝަފީޤް ދަށު ކޯޓަށް ޙާޟިރުކުރުމަށް ކުރެވުނު ތަފާތު ގިނަ . ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޞަފްޙާ 6 އެކް މަސައްކަތަކާއި އެޅުނު ފިޔަވަޅުތައް ވަރަށް ތަފްޞީލުކޮށް ތަރުތީބުން ބަޔާންކޮށްފައިވެއެވެ.މީގެ އިތުރުން އިސްމާޢީލް ޝަފީޤްގެ ޣައިރު ޙާޟް ރުގައި މައްސަލައިގެ ޙުކުމް ކުރެވުނު ސަބަބު ވަކިން ސުރުޚީއެއްގެ ދަށުނ ބަޔާންކޮށް ތަފްޞީލުކޮށްދީފައިވެއެވެ. އެގޮތުން އެ ސުރުޚީގެ ދަށުން ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ. އިސްމާޢީލް ޝަފީޤްގެ ޣައިރު ޙާޟިރުގައި ޙުކުމް ކުރެވިފައިވާ ސަބަބު
32.3. މައްސަލަ ހުށަހެޅުމާ ގުޅިގެން އިސްމާޢީލް ޝަފީޤް ޙާޟިރުކޮށް ދައުވާއަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދީގެން މައްސަލަ ހިންގުމަށް މަސައްކަތްކުރެވިފައިވާކަމާއި ނަމަވެސް އިސްމާޢީލް ޝަފީޤް ކޯޓަށް ޙާޟިރުކުރުމަށް ތަކުރާރުކޮށް ކުރެވުނު މަސައްކަތުން ކޯޓަށް ޙާޟިރުކުރެވިފައިވަނީ އެންމެ ފަހަރަކު ކަމުގައިވުން.
32.3. އިސްމާޢީލް ޝަފީޤް ކޯޓަށް ޙާޟިރުވި އަޑުއެހުމުގައި ދައުވާ ހުށަހަޅާދިނުމުން ވަކީލެއް އައްޔަންކުރުމަށް ފުރުޞަތަކަށް އެދުމުން އެ ފުރުޞަތު ދެވުނުކަމާއި ނަމަވެސް މައްސަލައިގެ ޙުކުމް ކުރުމާ ހަމައަށްވެސް ވަކީލަކު އައްޔަންކޮށް ކޯޓަށް އަންގާފައި ނުވުން.
32.2. ކޯޓުން ފޮނުވި އަމުރުތަކަށް ކޯޓަށް ޙާޟިރުވެފައިނުވާތީ ދައުވާފޯމު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް ޙަވާލުކޮށްގެން އެފަރާތުގެ ޖަވާބެއް ލިޔުމުން ހޯދުމަށް ކުރެވުނު މަސައްކަތުން އެފޯމުވެސް ޙަވާލުކުރެވިފައިނުވާކަނ އެކޯޓުން އަންގާފައިވުން.
32.1. އަމުރު ފޮނުވައިގެން ކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ކޯޓަށް ޙާޟިރުނުވެއްޖެނަމަ މައްސަލަ ޣައިރު ޙާޟިރުގައި ހިންގައި ނިންމާނެކަން 2 ފަހަރު އިޢުލާނުކުރެވުނުކަން.
32.5. މައްސަލައިގައި ޣައިރު ޙާޟިރުގައި ޙުކުމްކޮށްފައިވަނީ ކޯޓުން ފޮނުވި އަމުރުތަކަށް ކޯޓަށް ޙާޟިރުވެފައިނުވާތީއާއި ޣައިރު ޙާޟިރުގައި މައްސަލަ ހިނގާނެކަމަށް ކުރެވުން އިޢުލާނަށްވެސް އިސްމާޢީލް ޝަފީޤް އިޖާބަދީފައިނުވާތީކަން، މިއެވެ.
33.މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 12 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސީލުނުވެވޭނެކަމާއ ޤާނޫނި ގޮތުން ގޯހެއް ހަދާފައި ވ ކަމަށާ ބުނނަމ ނުވަތަ ޙައްޤުތައް ގެއްލިފައިވާކަމަށާ ބުނާނަމަ ނުވަތަ އިންސާފަށް ހުރަސްއެޅިފައިވާކަމަށް ބުނާ ނަމަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87، 2019/SC-L/88، 2019/SC-L/89، 2019/SC-L/90 އަދި /91L-2019/SC މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓުގައި ކަނޑައަޅުއްވާފައިވެއެވެ.
32.ދަށު ކޯޓަށް މި މައްސަލަ ހުށަހެޅުނީ 32 މާރިޗު 3232 ގައި ކަމަށްވާއިރު، މައްސަލަ ހުށަހެޅި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން މައްސަލް އަވަސްކޮށްދިނުމަށ އެދް ތަކުރާރުކޮށް އެދިފައވުމާއެކުވެސި، އިސްމާޢީލް ޝަފީޤް ކޯޓަށް ޙާޟިރުކުރުމަށް ދަށު ކޯޓުން ގިނަ މަސައްކަތތް ކެއަކޮށް، ތަކުރާރުކޮށް އިޢުލާނުކޮށް، އިސްމާ ޢީލ ޝަފީޤް ކޯޓަށް ޙާޟިރުކޮށްގެން އެ ޝަރީޢަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އެނގެއެވެ. އެގޮތުން މައްސަލައިގައި ޙުކުމްކޮށްފައިވަނީ މައްސަލަ ހުށަހެޅުނުތާ 1 އަހަރާއި 3 މަސް ފަހުން 3232 ޖަނަވަރީ މަހުގެ 32 ވަނަ ދުވަހުއެވެ. އިސްމާޢީލް ޝަފީޤްގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގަންޖެހުނު ސަބަބުތައް ދަށު ކޯޓުން ތަފްސީލުކޮށް ބަޔާންކޮށްފައިވާއިރު، އަދި ތަކުރާރުކޮށް ކޯޓށަ ޙާޟިރުވުމުގެ އަމުރު ފޮނުވާ، ތަކުރާރުކޮށް އިޢުލާން ކޮށްގެންވެސް އިސްމާޢީލް ޝަފީޤް ކޯޓަށް ޙާޟިރުކުރުމަށް . ޤާނޫނު ނަންބަރު 3232/33 . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87، 2019/SC-L/88، 2019/SC-L/89، 2019/SC-L/90 އަދި 2019/SC-L/91 މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު ދަށު ކޯޓުނު މަސައްކަތް ކޮށްފައިވާކަން އެނގެން އޮތް އިރު، ދަށު ކޯޓުން ހަދާފައިވާ ޤާނޫނީ ގޯހެއް މި މައްސަލައިގައި އިސްމާޢީލް ޝަފީޤްގެ ފަރާ ތުން ބަޔާންކޮށްދީފައިނުވެއެވެ. އެގޮތުން މި މައްސަލައިގައި ދަށު ކޯޓުގެ ފަނޑިޔާރު އިސްމާޢީލް ޝަފީޤްގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގީ ރަނގަޅަށް ނޫންކަމަށް ބުނުމުގެ އިތުރުން، އެއްވެސް ޤާނޫނީ މަސްދަރަކާ ނުވަތަ ހަމައަކާ ދަށު ކޯޓުން ޚިލާފުވެފައިވާގޮތެއް އިސްތިއުނާފީ މި މައްސަލައިގައި އިސްމާޢީލް ޝަފީޤްގެ ފަރާތުން ބަޔާންކޮށްފައިނުވެއެވެ. އެހެންކަމުން މި ނުކުތާގެ ވާގިއގައާވެސ ފެންނަންއޮތް އިސްމާޢީލް ޝަފީޤް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކިޔައިދޭގޮތާ ޚިލާފަށްކަމުގައިވާތީ، އިސްމާޢީލް ޝަފީޤް އެދިފައިވާގޮތަށް މި ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތް ކަނޑައަޅާނެ ތަނެއް ނެތެވެ.
33.އިސްތިއުނާފ މައްސަލައެއް ކޯޓުން ބަލައިގަތުމުގައި އިސްތިއުނާފީ ނުކުތާތަކުގައި ހމައެކަނަ ޤާނޫނުތަކުގެ މާއްދާތަކެއް ލިޔެފައި އޮތުމަކުން ނުވަތަ ޤާނޫނީ މަސްދަރުތަކެއ ނުވަތް މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކެއް ހިމަނާފައވުމަކުނި ނުފުދެއެވެ. ކިތަންމެ ގިނަ ޤާނޫނީ މަސްދަރުތކަކާ ޙަވަލާދީފައިވީނަމަވެސް މެއެވެ. އެ ޤާނޫނީ މަސްދަރަކާ ނުވަތަ ހަމައަކާ ނުވަތަ ނިންމުމަކާ، ދަށު ކޯޓުން ޚިލާފުވިގޮތެއް، އަދި އެކަމުގެ ސަބަބުން ޙުކުމށ ނުވަތް ނިންމުމަށަ ކުރް އަސަރު ސާފުކޮށް ކިޔައިދެވެން ވާނެއެވެ. އެ ނުކުތާއެއް ބިނކުރަނާ ދަށުކޯޓުން ބަޔާންކޮށްފައިވާ ވާގިއއަކާ ޚިލާފަށާ ކަމުގައިވާނަމަ އެކަމުގައި ދަށުކޯޓނު ހަދާފައިވާ ގޯސް، އެކަމަށް ބާރުދޭ ހެކިޤަރީނާއިން ސާބިތުކޮށްދީ، އެކަމުގެ ސަބަބުން ނކުނު ން ނަތީޖާއިން ޙުކުމަށް ނުވަތަ ނިންމުމަށް ކުރާނެ އަސަރު ކިޔައިދެވެން ވާނެއެވެ. އަދި ހަމައެހެންމެ ޢަމަލުކުރަންޖެހޭ އިޖުރާއަތަކާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބުނާނަމަ، އިޖުރާއަތާ ޚިލާފްވި ގޮތަކާއި، އެކަމުގެ ސަބަބުން ޙުކުމަށް ނުވަތަ ނިންމުމަށް ކުރާނެ އަސަރު ބުނެދެވެން ވާނެއެވެ.
33.މި އުސޫލާ ޚިލާފަށް މި މައްސަލައިގައި އޮތީ ޤާނޫނުތަކުގެ މާއްދާތަކެއު ލިޔެ، ޤާނޫނީ ހަމަތަކާ ޚިލާފަށް ދަށު ކޯޓުން ޢަމަލުކޮށްފައިވާކަމަށް ހަމައެކަނި ބުނާ ބުނުމެކެވެ . އެ ބުނުމަކީ ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ރިޢާޔަތްކުރެވި ރިޕޯޓުގައިވާ ލ ޔެލިޔުންތަކުން ސާބިތުވެފައިވާ ވާގިއާތަކާ ޚިލާފް ބުނުމެކެވެ. އެފަދައިން ސާފުކޮށް ފެންނަ ވާގިއާތަކާ ޚިލާފަށް ހުށަހަޅާ އިސްތިއުނާފީ ނުކުތާތަކަކީ ބަލައިގަންނަންޖެހޭ ނުކުތާތަކެއް ނޫނެވެ. އެހެންކަމުން ރަޖިސްޓްރޭޝަން މަރުހަލާއިންވެސް އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާ މިފަދަ މައްސަލަތައް އެކަށީގެންވާގޮތެއްގައި ދިރާސާކޮށް، ދަނެގަނެ، ހަރުދަނާކަމާއެކު އަޅަންޖެހޭ ފިޔަވަޅުތއަ އެޅުމަކީ ކޯޓުގެ ވަގުތާއި ވަޞީލަތްތައް އެންމެ އެދެވޭގޮތުގައި ބޭނުންކުރެވޭކަން ކަށަވަރުކުރުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.
32. އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، އަރިއަތޮޅު އުތުރުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2018-8-6/U ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އިސްމާޢީލް ޝަފީޤްގެ ފރާތުނަ ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ. ޤަޟިއްޔާ ނަންބަރު 2023/HC-A/105 ފަނޑިޔާރު ފާޠިމަތު ފަރްހީޒގާ ރއަ ޔު: (މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ފައިޞަލް އަދި ފަނޑިޔާރު ޙުސައިން މަޒީދު ތާއީދު ކުރައްވާފައި)
31. މިއީ، މިރިޕޯޓުގެ 3 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ފަދައިން އަރިއަތޮޅު އުތުރުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2018-8-6/U ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ގެ ފަރާތުން ހުށަހެޅުމުން ރަޖިސްޓްރީ ކުރެވުނު ނަންބަރު 2023/HC-A/105 ޤަޟިއްޔާ ގައި އަހުރެން ގެ ރައުޔެވެ.
35ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔުގައި މިމައްސަލައިގެ ފަސްފަހަތް އިސްވެ ބަޔާންކުރެވިފައިވާތީ، އެބައި ތަކުރާރެއް ނުކުރާނަމެވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތަކާއި ތަފްސީލް:
36ބޭންކް އޮފް މޯލްޑިވްސގް ފަރާތުން އަރިއަތޮޅު އުތުރުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2018-8-6/U ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވަނީ، އެންމެ ނުކުތާއެއްގެ މައްޗަށް ބިނާކޮށެވެ. އެގޮތުން ހުށަހެޅުނު ނުކުތާއަކީ؛
36.3. އަރިއަތޮޅު އުތުރުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2018-8-6/U ޤަޟިއްޔާ ނިންމަވާފައިވަނީ "އަރިއަތޮޅު އުތުރުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދު 3233( "36 ޖޫން 3233) ގެ 333 ވަނަ މާއްދާގެ (ހ) އާއި 332 ވަނަ މާއްދާ އާއި 333 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
36.3.3. މިނުކުތާގެ ތަފްސީލުގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) އަށާއި، ސުޕްރީމް ކޯޓުގެ މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕވޓ ލޓޑ އަދި އިތުރު ފަސް ފަރާތެއް ވ. ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތްކުރާއިރު، ހުށަހެޅިފައިވާ ޙުކުމް ތަންފީޛުގެ މައްސަލައަކީ، މަދަނީ އިޖުރާއަތު ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ނަމަވެސް މިމައްސަލައިގައި ޙުކުމްކޮށްފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ފަހުން ކަމުގައިވާތީ، މިމައްސަލައަކީ "އަރިއަތޮޅު އުތުރުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދު 3233" އާއި އެއްގޮތަށް އަމަލުކުރަން ޖެހޭ މައްސަލައެއްކަމަށް ދެކޭކަމަށެވެ.
36.3.3.3. ރައްދުގައި އިސްމާޢީލް ޝަފީޤްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ބޭންކް އޮފް މޯލްޑިވްސގް ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ، އިސްމާޢީލް ޝަފީޤްގެ ފަރާތުންވެސް ފާހަގަކުރާ ދާދި އެއްކަހަލަ ކަންތައްތަކެއް ކަމަށްވުމާއެކު، އޭގެ ދިފާޢުގައި ދައްކާނެ ވާހަކައެއް ނެތްކަމަށާއި، އިސްމާޢީލް ޝަފީޤގް ފަރާތުންވެސް ޤަބޫލުކުރަނީ މިމައްސަލައަކީ ދަށުކޯޓަށް ތަޙުވީލު ކުރަންޖެހޭ މައްސަލައެއްކަމަށެވެ.
33.ބޭންކ އޮފް މޯލްޑިވްސްގެ ފަރާތުން އެދޭގޮތްކަމަށް ފާހަގަކޮށްފައިވަނީ، އަރިއަތޮޅު އުތުރުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2018-8-6/U ޤަޟިއްޔާ ގެ ޙުކުމް ކުރައްވާފައިވަނީ "އަރިއަތޮޅު އުތުރުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދު 2333( "36 ޖޫން 3233( ގެ 333
(ހ) އާއި، 332 ވަނަ މާއްދާ އާއި، 333 (ހ) ވަނަ މާއްދާ އާއި ޚިލާފަށްކަމަށް ކަނޑައަޅައިދީ، މި ބަޔާންކުރެވުނު މާއްދާތަކާ އެއްގޮތަށް ޙުކުމް ތަންފީޛު ކުރުމުގެ މައްސަލަ އަރިއަތޮޅު އުތުރުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުން އަލުން ބެލުމަށް، ކޯޓުތަކާބެހޭ ޤާނޫނުގެ 23 (ނ) ގެ ދަށުން ޙުކުމް ކޮށްދިނުމަށެވެ.
32.އިސްމާޢީލް ޝަފީޤގް ފަރާތުން އެދޭގޮތްކަމަށް ބުނެފައިވަނީ، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެދިފައިވާ ފަދައިން އަރިއަތޮޅު އުތުރުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދު ތަތު ބީޤުކުރުމަށ ދަށުކޯޓަށް މައްސަލް ތަޙުވީލު ކޮށްދިނުމަށެވެ.
33.މިމައްސަލައިގައި ބޭންކް އޮފް މޯލްޑިވްސް ގެ ފަރާތުން ފާހަގަކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕވޓ ލޓޑ އަދި އިތުރު ފަސް ފަރާތެއް ވ. ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ޤަޟިއްޔާއަށް ޙަވާލާދީ، އަރިއަތޮޅު އުތުރުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދު ތަތުބީޤުކުރުމަށ ދަށުކޯޓަށް މައްސަލް ތަޙުވީލުކޮށްދިނުމަށެވެ.
22. 36 ޖޫން 3233 ޢަމަލުކުރަން ފެށި މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 2 ވަނަ މާއްދާގެ (ށ) ގައި ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ކޮށްފައިވާ ޙުކުމަކީ، އިސްތިއުނާފީ ކޯޓެއްގައި އެ ޙުކުމް އިސްތިއުނާފުކުރުމަށް އޮތް މުއްދަތު ހަމަވެފައިނުވާ، ނުވަތަ އިސްތިއުނާފުކުރުމަށް އޮތް މުއްދަތު ހަމަވެފައިވީނަމަވެސް، އެ ޙުކުމެއް އިސްތިއުނާފުކުރުމަށް ހުއްދަ ލިބިފައިވާ، އަދި މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު އިސްތިއުނާފުކޮށްފައިނުވާ ޙުކުމެއް ކަމުގައިވާނަމަ، އެ ޙުކުމް އިސްތިއުނާފުކުރުމަށްޓަކައި، މި ޤާނޫނުގެ އިސްތިއުނާފު ފޯމުގެ 3 ވަނަ ނުކުތާ - ޞަފްޙާ 3 ޤާނޫނު ނަންބަރު 32/2021 ސައްބީސްވަނަ ބާބު "އިސްތިއުނާފުކުރުން" ގައި ބަޔާންކުރާ މަރުޙަލާތައް ހިންގުމަކަށް މި ޤާނޫނު ހުރަހެއްނާޅައެވެ. ނުވަތަ މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ކޮށްފައިވާ ޙުކުމަކީ، މި ޤާނޫނުގެ ދަށުން ތަންފީޛުކުރެވޭނެ ޙުކުމެއް ކަމުގައިވާނަމަ، އެ ޙުކުމް ތަންފީޛުކުރުމަށްޓަކައި، މި ޤާނޫނުގެ ފަސްވަނަ ބައި "ޙުކުމް ތަންފީޛުކުރުން" ގައި ބަޔާންކުރާ މަރުޙަލާތައް ހިންގުމަކަށް މި ޤާނޫނު ހުރަހެއްނާޅައެވެ."
23.ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕވޓ ލޓޑ އަދި އިތުރު ފަސް ފަރާތެއް ވ. ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ޤަޟިއްޔާއަކީ، ރަހުނު ތަންފީޛްކުރުމާ ގުޅޭ މައްސަލައެކެވެ. އެއިރެއްގައި ޢަމަލުކުރެވޭ ޤާނޫނަކީ، ނުވަތަ ޤާނޫނެއްގެ ބަޔަކީ، ވަކި ކަމަކަށް ނުވަތަ މުޢާމަލާތަކަށް ތަޠުބީޤުވާނެ ޤާނޫނެއްނަމަ، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރުން މައްސަލައިގެ އެންމެހައި ފަރާތްތަކަށް ލާޒިމުވާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އެމައްސަލައިގައި ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ފައިސާ ދައްކާފައިނުވުމުގެ ސަބަބުން، ރަހުނު ތަންފީޒުކުރާނަމަ، އެކަން މިހާރު ކުރަންވާނީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ކަނޑައަޅާފައިވެއެވެ.
23.ބެލެވެމުންމިދާ އިސްތިއުނާފީ ޤަޟިއްޔާއަކީ، އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2014-2-20/U ޤަޟިއްޔާއިން ޘާބިތުވެ، ރަހުނު ހިމެނޭ ޘާބިތު ދަރަނީގެ ގޮތުގައި އިސްމާޢީލް ޝަފީޤްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް އަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ، އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2014-2-20/U ޤަޟިއްޔާގެ ޙުކުމު ތަންފީޛު ކުރުމުގެ ގޮތުން ހުށަހަޅާފައިވާ ޤަޟިއްޔާއެކެވެ. އބހ ޕެރެގްރާފް 32 އބހ ޕެރެގްރާފް 31
22.އެގޮތުން މިތަންފީޛީ ޤަޟިއްޔާ، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އަރިއަތޮޅު އުތުރުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ، 32 މާރިޗު 3232 ގައެވެ. ނަމަވެސް، މިޤަޟިއްޔާގެ ޙުކުމް ކޮށްފައިވަނީ، މަދަނީ އިޖުރާއަތު ޤާނޫނށަ ޢަމަލުކުރަން ފެށިފަހުގެ ތާރީޚެއްކަމަށްވާ 32 ޖަނަވަރީ 3232 ގައެވެ.
21. މިއިސްތިއުނާފުގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައިވަނީ، މިމައްސަލަ އަރިއަތޮޅު އުތުރުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުން ނިންމި އިރު ޢަމަލުކުރަމުންދިޔަ އެކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ޢަމަލުކޮށްފައި ނުވާކަމަށެވެ. އަރިއަތޮޅު އުތުރުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުން މިމައްސަލަ ނިންމިއިރު، ގަވާއިދުގައިވާ އިޖުރާއަތު ފުރިހަމަކޮށްފައިވާ ކަން އެނގެން ނެތެވެ. އަދި އިސްމާޢީލް ޝަފީޤގް ފަރާތުން ވެސް ފާހަގަކޮށްފައިވަނީ، އެފަރާތުންވެސް ބޭނުންވަނީ މަދަނީ އިޖުރާއަތު ޤަވާއިދު ތަޠްބީޤުކޮށް މައްސަލަ އަލުން ބެލުމަށްޓަކައި ތަހްވީލުކޮށްދިނުމަށް ކަމަށެވެ.
25.ސުޕްރީމް ކޯޓުގެ މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕވޓ ލޓޑ އަދި އިތުރު ފަސް ފަރާތެއް ވ. ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލު މިމައްސަލައަށް ތަތުބީޤުކޮށް، އިސްތިއުނާފީ މަރުހަލާގައި ދެފަރާތުންވެސް އެދިފައިވާ އެދުމަށް ރިޢާޔަތްކޮށް، ޚަސްމުންގެ މަސްލަހަތާއި އަދުލު އިންސާފުގެ ހަމަތަކުގެ މަތިން، މިމައްސަލައިގައި މަދަނީ އިޖުރާއަތުގެ ޤާނޫނާއި، އަރިއަތޮޅު އުތުރުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދުގައި ކަނޑައަޅާފައިވާ ތަންފީޛީ މައްސަލަތަކުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުޞޫލުތަކުގެ ދަށުން ބެލުމަށް، މިމައްސަލަ ދަށު ކޯޓަށް ތަޙްވީލް ކުރުމަށް ހުރަހެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ. ޤާނޫނު ނަންބަރު 32/2021 ނިންމަން ފެންނަގޮތް
26.އަރިއަތޮޅު އުތުރުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2018-8-6/U ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، އެކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އެޤަޟިއްޔާގައި ހުށަހެޅުނު މައްސަލަ ކުރިއަށް ގެންދިއުމަށޓަކައް މި މައްސަލަ އެކޯޓަށް ތަޙވީލުކޮށ މައްސަލް ނިންމަން ފެނެއެވެ.
23. މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 22 (ތިރީސް) ދުވަހެ ވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 3233/23 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 321 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 3233/23 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 321 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 3233/23 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 321 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ އިންތިޤާލީ މާއްދާ (PDF ގައި '2 ވަނަ މާއްދާގެ (ށ)')، ފަސްވަނަ ބައި (ޙުކުމް ތަންފީޛުކުރުން) އަދި ސައްބީސްވަނަ ބާބު (އިސްތިއުނާފުކުރުން)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ އިސްތިއުނާފުގެ މުއްދަތާބެހޭ މާއްދާގެ (ހ)، (ށ)، (ނ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) - އިސްތިއުނާފުކުރުމުގެ މިންގަނޑު ކަނޑައަޅާ މާއްދާ
- އަރިއަތޮޅު އުތުރުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދު 2022
- ސުޕްރީމް ކޯޓުގެ 2018/SC-A/31 (އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް)
- ހައިކޯޓުގެ ފަނޑިޔާރުންގެ ޢާންމު މަޖިލީހުގެ FAM/2021/02 (މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލު)
- ސުޕްރީމް ކޯޓުގެ 2019/SC-L/87، 2019/SC-L/88، 2019/SC-L/89، 2019/SC-L/90، 2019/SC-L/91 (މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު)
- ސުޕްރީމް ކޯޓުގެ މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕވޓ ލޓޑ އަދި އިތުރު ފަސް ފަރާތެއް ވ. ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) (PDF ގައި ނަންބަރު '2021/HC-A/66' ކަމަށް ލިޔެވިފައި)
- ބެންޗު
- ޙުސައިން މަޒީދު، މުޙައްމަދު ފައިޞަލް، ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް