ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/167
މުޙައްމަދު ޝަފީޤު ވ. އަޙްމަދު އަޝްރަފް، 2022/HC-A/167
Mohamed Shafeequ v. Ahmed Ashraf 2022/HC-A/167 (2022/HC-A/167, High Court of the Maldives, 21 July 2024)
މުޙައްމަދު ޝަފީޤު ވ. އަޙްމަދު އަޝްރަފް
މައިގަނޑު ސުވާލު
އިސްތިއުނާފު ރައްދުވި ފަރާތުން ހުށަހެޅި އިޖުރާއީ އިޢުތިރާޟްގައި، ހެކި ވަޒަންކުރުމާއި، ޝަފަހީ ހެކިން ޙާޟިރުނުކުރުމާއި، ދަޢުވާ އަނބުރާ ގެންދިއުމަށް ދިން ސިޓީ ބަލައިނުގަތުމާ ގުޅޭ އިސްތިއުނާފީ ނުކުތާތަކުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ޤާނޫނީ ބަހުސެއް އޮތްތޯ.
ނިންމި ގޮތް
އިސްތިއުނާފު ފޯމު ބާޠިލު (ޤާނޫނީ ބަހުސެއް ނެތުމުން)
ކަނޑައެޅުނު އުޞޫލުތައް
- ދަށުކޯޓުގެ ފަނޑިޔާރު ޤާނޫނީ ގޯހެއް ހަދާފައިވާކަމަށް ނުވަތަ ހެކިތަކަށް ރިޢާޔަތްކުރަންޖެހޭ މިންވަރަށް ރިޢާޔަތްކޮށްފައިނުވާކަމަށް ހަމައެކަނި ބުނުމަކުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ މިންގަނޑު ފުރިހަމައެއް ނުވެއެވެ؛ ޤާނޫނީ ގޯހެއް، ޙައްޤު ގެއްލުމެއް ނުވަތަ އިންޞާފަށް ހުރަސްއެޅުމެއް ބުނާނަމަ، އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ޤާނޫނުގެ މާއްދާއަކަށް ޙަވާލާދީ ޖުމްލަ ގޮތެއްގައި ދަށުކޯޓުގެ ނިންމުން ގޯސްކަމަށް ބުނުމަކުން އިސްތިއުނާފުކުރާ ފަރާތުގެ މަސްއޫލިއްޔަތު އަދާނުވެއެވެ؛ ނިންމުން ރަނގަޅު ނޫން ސަބަބު، ޤާނޫނުތަކުގެ މާއްދާތަކާއި ޤާނޫނީ އުޞޫލުތަކުގެ އަލީގައި ބަޔާންކުރުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- ފަނޑިޔާރަކަށް ލިބިގެންވާ އިޚްތިޔާރެއްގެ މައްޗަށް އިސްތިއުނާފީ ކޯޓަކުން ވަންނާނީ: ނުރަނގަޅު އުޞޫލަކަށް ބިނާކޮށް ނުވަތަ ކަމާނުބެހޭ ކަންކަމަށް ރިޢާޔަތްކޮށް ނިންމާފައިވުން، ވާޤިޢާތަކުގެ ޙަޤީޤަތް އޮޅިފައިވުން، މައިގަނޑު ވާޤިޢާއަކަށް ރިޢާޔަތްކޮށްފައިނުވުން، ނުވަތަ ނިންމުމުގެ ސަބަބުން އެކަށީގެންނުވާ ކަމެއް ނުވަތަ ބޭއިންޞާފެއް މެދުވެރިވެފައިވުން ފަދަ ޙާލަތެއްގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ދަޢުވާގެ އަސާސީ ކަންކަން ސާބިތުކުރުމަށް ހުށަހަޅާ ހެކި، އާންމު އުޞޫލެއްގެ ގޮތުން ދަޢުވާ ފޯމާއެކު ހުށަހަޅަންވާނެއެވެ؛ ދަޢުވާ ފޯމުގައި ހިމެނި ހެކީގެ އިތުރުން ހަމަ އެކަންކަން ސާބިތުކުރުމަށް ފަހުން ހުށަހަޅާ ޝަފަހީ ހެކިން ޙާޟިރުނުކުރުމަކީ ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރުގެ ތެރެއިން ކުރެވޭ ކަމެއް ކަމުން، އިސްތިސްނާ ޙާލަތެއް ދައްކައިނުދެވޭނަމަ އެއީ ޤާނޫނީ ބަހުސެއް އޮތް ނުކުތާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13.3)
- ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިތަކަށް ފަނޑިޔާރު ރިޢާޔަތްކުރުމުން ދަޢުވާކުރާ ފަރާތް އެދޭ ދޭހަ ނުނެރެވުމަކީ، ހެކިތަކަށް ރިޢާޔަތްކުރަންޖެހޭ މިންގަނޑުން ރިޢާޔަތް ނުކޮށްވާކަން ދޭހަކޮށްދޭ ޤާނޫނީ ހަމައެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14.4)
- ދަށުކޯޓުން ނިންމުމަށް ބިނާކުރި ޙަޤީޤީ ސަބަބަށް (މިތަނުގައި، މައްސަލަ އަނބުރާ ގެންދިއުމަށް ފޮނުވި ސިޓީގައި ސޮއިކޮށްފައިވަނީ ލީޑްކުރުމަށް އައްޔަންކުރި ލޯޔަރު ނޫންކަން) އިސްތިއުނާފު ނުކުރާ ނުކުތާއަކީ ޤާނޫނީ ހަމަތަކުން ބަލައި ގޮތް ކަނޑައަޅަންޖެހޭ އިސްތިއުނާފީ ނުކުތާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15.1-15.2)
- ދެފަރާތުގެ ހުށަހެޅުންތަކަށް ރިޢާޔަތްކުރިގޮތާއި، ނިންމުން ބިނާކުރި ޤާނޫނީ އުޞޫލާއި، ނަތީޖާއަށް ވާޞިލުވި ސަބަބުތައް ނިންމުމުގައި ބަޔާންކޮށްފައިވާނަމަ، ޚަޞްމަކަށް ބަލައިނުގަނެވޭ ނުވަތަ އަންދާޒާކުރި ނަތީޖާއެއް ނުނުކުތުމަކީ އިސްތިއުނާފީ ނުކުތާއަކަށް ބަދަލުވާ ޙާލަތެއް ނޫނެވެ. (ފަނޑިޔާރު ދީބާނާޒް ފަހުމީ، ޕެރ. 20)
- ދަޢުވާ ރައްދުވާ ފަރާތުން ދިފާޢު ހުށަހެޅުމަށްފަހު، އެ ދިފާޢުގެ އަލީގައި ފުރަތަމަ ދަޢުވާގައިހުރި އުނިކަންކަން ފޫބައްދައި އައު ދަޢުވާއެއް ހުށަހެޅުމުގެ ދޮރު ހުޅުވާލުމަކީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައިވާ ޢަދުލުވެރި ޝަރީޢަތެއްގެ ޙައްޤަށް އުނިކަން އަންނަ ކަމެއްކަމަށް ދަށުކޯޓުން ބަޔާންކުރީ ރަނގަޅު ޤާނޫނީ އުޞޫލެކެވެ. (ފަނޑިޔާރު ދީބާނާޒް ފަހުމީ، ޕެރ. 21)
ދީބާނާޒް ފަހުމިތާއީދ ކުރައްވާފައ( މައްސަލައިގެ ތަޢާރަފު
1އަކިރިފުށި ރިސޯޓް ހެދުމަށް މާލެ، […] މުޙައްމަދު ޝަފީޤުއިންވެސްޓްކުރުމުން، އެ ރިސޯޓުގެ ޙިއްސާގެ 50% )ފަންސާސް އިންސައްތަ( ޙިއްސާ ދިނުމަށް މާލެ، […] އަޙްމަދު އަޝްރަފް އެ ދެމެދާ އެއްބަސްވުމެއް ވެފައިވާކަމަށާއި، އެއްބަސްވެފައިވާ ފަދައިން،އ ރިސޯޓް ހެދުމަށް އިންވެސްޓްކުރުމުން،އިރިސޯޓުގ ޙިއްސާގެ އެއްވެސް މިންވަރެއް މުޙައްމަދު ޝަފީޤުއަށް ލިބިފައިނުވާ ކަމަށްބުނެ، އަކިރިފުށ ރިސޯޓުގެ ޙިއްސާގެ 50% )ފަންސާސް އިންސެއްތަ( އަކެމުޙައްމަދު ޝަފީޤުގެ ޙިއްސާއެއްކަމަށާއި، އަޙްމަދު އަޝްރަފް އަކިރިފުށި ރިސޯޓުގެ ޙިއްސާ އެހެން ފަރާތަކަށް ވިއްކާލައިފިނަމަ، އ މުޢާމަލާތަކުން ލިބޭ ފައިސާގެ 50% )ފަންސާސް އިންސްއްތަ( ޙިއްސާއަކީ މުޙައްމަދު ޝަފީޤުގެ ޙައްޤެއްކަމަށަ ކަނޑައަޅައިދިނުމަށްއެދެމުޙައްމަދު ޝަފީޤުގެ ފަރާތުނު އަޙްމަދު އަޝްރަފްގެ މައްޗަށް ސިވިލް ކޯޓުގ ނަންބަރ 2012/Cv-C/2021 ޤަޟިއްޔާ ހުށަހެޅިއެވެ.
2އ ޤަޟިއްޔާގައި އެކޯޓުން ކަނޑައަޅާފައިވަނީ އެފަދަ އެއްބަސްވުމެއް ދެފަރާތުގެ މެދުގައި އޮތްކަން ސާބިތުނުވާ ކަމަށާއި، އެ ދަޢުވާ ސާބިތުނުވާކަމަށެވެ.
3ސިވިލް ކޯޓުގެބުނެވުނ ޙުކުމާމެދު ހިތްހަމަނުޖެހިގެން މުޙައްމަދު ޝަފީޤުގެ ފަރާތުން އެ ޤަޟިއްޔ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.
4މިއީ ސިވލ ކޯޓުގް ނަންބަރ 2012/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމަށމާލެ، […] މުޙައްމަދު ޝަފީޤގުފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ރަޖިސްޓްރީކުރެވުނު ނަންބަރ 2022/HC-A/167 ޤަޟިއްޔާގައ އިސްތިއުނާފި ރައްދުވާމާލެ، […] އަޙްމަދ އަޝްރަފގ ފަރާތުން ހުށަހެޅި އިޖުރާއީ އިއުތިރާޟާމެދ ނިންމު ނިންމުމެވެ.
5ސިވލ ކޯޓުގް ނަންބަރު 2012/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފުކުރަމުން މުޙައްމަދު ޝަފީޤުގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވ 03 )ތިނެއ( ނުކުތާއެވެ. • ފުރަތަމަ ނުކުތާ އަކީ:މުޙައްމަދު ޝަފީޤުގެ ފަރާތުން ދަށު ކޯޓަށް އެގްޒިބިޓ -1 ގ ގޮތުގައި ހުށަހަޅާފައިވާ އ-މެއިލް ކޮރެސްޕޮންޑަންސްގެ ޒަރީޢާއިން ހުށަހަޅާފައިވާ ދަޢުވާގައި ބުނާފަދަ އެއްބަސްވމެއު އޮތްކަން ސާބިތުނުވާކަމަށް ފަނޑިޔާރުގެ ފަރާތުން ނިންމާފައިވަނީ ބުއްދީގެ ހަމަތަކާއި ޚިލާފަށް އަދި ޝަރީޢަތުގެ ކުރިމަތީގައި ހުރި ހުރިހާހެކިތަކަށ ޝާމިލް ގޮތެއްގައި ބެލުމަށްފަހުގައި ނޫން ކަމަށްވާތީ އެއީ ސުޕްރީމް ކޯޓުން ނިންމާފައިވްމޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ވ. ޖާބިރު ޢަބްދުއްރަހްމާނ) 2018/SC-A/49( ގައި ކަނޑައަޅުއްވާފައިވާ އުސޫލުން އިސްތިއުނާފީ ކޯޓުގައި އަލުން ވަޒަންކުރަންޖެހޭ ހެކިތކެއ ކަމަށް ބުން ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ: މުޙައްމަދު ޝަފީޤުގެ ފަރާތުން ހުށަހަޅާފައިވާ ޝަފަހީ 2 )ދޭއް( ހެކިން ޙާޟިނުކުރުމަށ ދަށް ކޯޓުގު ފަނޑިޔާރު ނިންމާފައިވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ މެރީޑިއަމ ސަރވިސސަ ވ. ސަޢީދާ މޫސާ ) 2017/SC-A/26( ގައި ކަނޑައަޅުއްވާފަދައިނ ހެކް ޙާޟިރުކުރަން ނިންމުމެއް ނިންމުމަށް އެކަށީގެންވާ ސަބަބެއްނެތި ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ތިންވަނަ ނުކުތާ އަކީ:ދަށުކޯޓުގައި ކުރެވިފައިވާ ދަޢުވާ އިޞްލާޙުކޮށްފައި އަލުން ހުށަހެޅުމުގެ ޙައްޤު އޮންނަ ގޮތަށް މައްސަލަ ބާޠިލްކޮށްދިނުމަށް އެދުމުން އެކަން ކޮށްދެވެން ނެތްކަމަށް ދަށު ކޯޓުން ނިންމުމުގައި، ސުޕްރީމް ކޯޓުން ނިންމާފައިވްޝަރޫ ލޯންޗް ސަރވިސް ވ. ދަ މޮރިޝަސް ކޮމާރޝަލް ބޭންކް )މޯލްޑިވްސް( )2020/SC-A/89( ގައި ބުނާފަދަ ސާފުކޮށް ފެންނަން އޮތ ގޯހެއް އޮތްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
6މ މައްސަލައަކީ މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓުގައި ރަޖިސްޓްރީ ކުރެވި، އެއިރު އިޖުރާއީ އިޢުތިރާޟް ހުށަހަޅަމުން ދިޔަ އާންމު އުސޫލުން އިޖުރާއީ އިއުތިރާޟް ހުށަހެޅިފައިވާ މައްސަލައެކެވެ.
7މާ މައްސަލައިގައިއިސްތިއުނާފު ރައްދުވިއަޙްމަދު އަޝްރަފްގެ ފަރާތުނީހުށަހެޅިއިޖުރާއ އިއުތިރާޟަކ އިސްތިއުނާފީ ނުކުތާތަކުގައީއެކަށީގެންވ ޤާނޫނާ ބަހުސެއުހުށަހެޅިފައިނުވާތީ، މއ ދިވެހިރާއްޖޭގެ ކޯޓތަކުގ ޤާނޫނުގެ 43 ވަނަ މާއްދާ އާއި ހައިކޯޓު ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުނ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ މައްސަލައެއް ނޫން ކަމަށް ބުނެ ހުށަހެޅި އިއުތިރާޟެވެ.އެގޮތުން މ މައްސަލައިގައި ހުށަހެޅުނު އެއްވެސް އިސްތިއުނާފީ ނުކުތާއެއްގައި ދަށު ކޯޓުން ހަދާފައިވާ ޤާނޫނީ ގޯހެއް ބަޔާންކޮށްދީފައިނުވާކަމާށ އަޙްމަދް އަޝްރަފްގެ ފަރާތުން ފާހަގަކުރެއެވެ.އެގޮތުން އިސްތިއުނާފުރައްދުވ އަޙްމަދު އަޝްރަފްގެ ފަރާތުން އެދިފައިވަނީ އިސްތިއުނާފީ މަރުޙްލާގައ މި މައްސަލައިގެ މައުޟޫޢގައ ގޮތި ކަނޑައެޅުމަކާނުލައިމައްސަލަ އިޖުރާއީގޮތުން ބާޠިލްކޮށްދިނުމަށެވެ. މި ނުކުތާގައި ވަކި ވަކި އިސްތިއުނާފ ނުކުތާތކަ ގުޅިގެނާ އަޙްމަދު އަޝްރަފްގެ ފަރާތުން ފާހަގަކުރި ކަންކަން ޚުލާސާކޮށްލާނަމެވެ.
7.1. އިސްތިއުނާފީ ފުރަތަމަ ނުކުތާގައިމުޙައްމަދު ޝަފީޤުގެ ފަރާތުނިފާހަގަކުރަންދެފަރާތުގެ މެދުގައި އެއްބަސްވމެއު ނެތް ކަމަށް ދަށު ކޯޓުން ކަނޑައެޅުމުގައި ހަކިތަކަށ ޝާމިލް ގޮތެއްގައި ބްލާފައިނުވާކަމަށ ބުން ބުނުންކަމަށްވާއިރު، އެއްބަސްވުމެއް އޮތްކަނާސާބިތުކުރުމަށްއަދި ދައުވާ ސާބިތުކުރުމަށްޓަކައި ދަށުކޯޓަށް ހުށަހެޅުނު އެގްޒިބިޓ 1 އަށް ރިޢާޔަތްކޮށް، އެއްބަސްވުމެއް އޮތްކަން ސާބިތުނުވާކަމަށް ދަށް ކޯޓުނު ކަނޑައަޅާފައިވާކަމަށެވެ.އަދި އެ ހެކިތަކަށް ރިޢާޔަތްކުރިވުނުގޮތް ބަޔާންކޮށްފައިވާކަމަށެވެ.އެހެންކަމުނ ދަށް ކޯޓުނު ޝާމިލުގޮތެއްގައި ބަލާފައިނުވަނީ ކޮންހެއްކަކަށްކަން އަދި ދަށު ކޯޓުން ނިންމާފައިވާ ނިންމުން މި ނުކުތާގައި ފާހަގަކުރި ކަންކަމާ ގުޅޭގޮތެއ ސާފުކޮށްނުދެވޭ ކަމަށް މުޙައްމަދު ޝަފީޤުގެ ފަރާތުނ ބުނެއެވެ.
7.2. މީގެ އިތުރުން އިސްތިއުނާފީ ދެވަނަ ނުކުތާގައި ޝަފަހީހެކިންހާޟިރުކޮށ ހެކިބަސް ނަގާފައިނުވުމަކ ޤާނޫނީ ހަމަތަކާ ޚިލާފު ކަމެއް ކަމުގައި ބުނާއިރު، ހެކި ޙާޟިރުނުކޮށްވ ސަބަބާ ދަށު ކޯޓުނު ބަޔާންކޮށްފައިވާކަމަށެވެ.އެގޮތުނިދަށ ކޯޓަށު ހުށަހެޅުން ދައުވާ ފޯމުގައް ދެފަރާތުގެ މެދުގައި އެއްބަސްވުމެއް އޮތްކަން އެނގެނީ އެގްޒިބިޓ 1 އަދި 2 އިނާ ކަމަށް ބަޔާންކޮށްފައިވާއިރު އެކަން ސާބިތުކޮށްދިނުމަށް އިތުރު ހެއްކެއް ހާޟިރުކުރިނަމަވެސް ދައުވާގައި އެދިފައިވާ ފަދައިން ދައުވާ ސާބިތުނުވާނެކަމަށެވެ. އެހެންކަމުން މިއީވެސް ޤާނޫނ ބަހުސެއް ނެތް ނުކުތާއެއް ކަމަށެވެ.
7.3. އިސްތިއުނާފީ ތިންވަނަ ނުކުތާގައި މައްސަލަ އަނބުރާ ގެންދިއުމާމެދު ގޮތް ކަނޑައަޅާފައިވަނީ ޤާނޫނީ ހަމަތަކ ޚިލާފަށާ ކަމަށް ބުނާއިރު، މައްސަލަ އަނބުރާ ގެންދިއުމަށް އެދުނު ސިޓީގައި ސޮއިކޮށްފައިވަނީ މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވާ އިސްވަކީލ ނޫނު ކަމަށާއި، އެ ސިޓީ ބަލައްގަނުފައިނުވަނީ އެސަބަބާހެދިކަނ ދަށު ކޯޓުން ބަޔާންކޮށްފައިވާކަމަށެވެ. ނަމަވެސް އެ ސަބަބު މި ނުކުތާގައި އިސްތިއުނާފުކޮށްފައިނުވާއިރު މިއީވެސް ޤާނޫނީ ބަހުސެއް އޮތް ނުކުތާއެއް ނޫން ކަމަށެވެ.
8އިޖުރާއީއުއުތިރާޟްގެ ރައްދުގައި މުޙައްމަދު ޝަފީޤްގެ ފަރާތުނީ މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އިޖުރާއީ އިއުތިރާޟުގައި ފާހަގަކޮށްފައިވަނީ މައުޟޫޢީ ކަންކަން ކަމަށެވެ. އެކަންކަމާމެދު ގޮތް ކަނޑައެޅޭނެ މައްސަލަ މައުޟޫޢީގޮތުން ބަލައިގެން ކަމަށެވެ.ހަމައެހެންމެ ހެކި ވަޒަންކުރިގޮތަކާމެދު އުފައްދާ ސުވާލަކީ ވެސްޤާނޫނީ ސުވާލެއްކަމަށާއި މައުޟޫޢީގޮތުން މައްސަލަ ބަލައިގެން މެނުވީ ދަށު ކޯޓުން ހެއްކަށް ރިޢާޔަތްކޮށްފައިވަނީ ރަނގަޅަށެކަނ ނުވަތް ނޫންކަން ވަޒަން ނުކުރެވޭނެ ކަމަށިވެ.އެހެންކަމުން މ މައްސަލައަކީ މައުޟޫޢީގޮތުން ބަލައި ގޮތް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައިދިނުން އެދޭ ކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ މިންގަނޑު
9ދަށު ކޯޓުން ނިންމާ މައްސަލައެއް ނުވަތަ ޓްރައިބިއުނަލުން ނިންމާ މައްސަލައެއް އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅޭނެ ޙާލަތްތައް ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގައެވެ.
10ޕްރިސިޑެންސް 1ބުނެވުނު މާއްދާގައިވާ ކަންކަމާމެދު ދިވެހްރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި ހުރި އުސޫލުތަކަށި ބަލާއިރު، މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން ޤާނޫނު ނަންބަރު 2010/22 ނުވަތެ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސޭލުނުވެވޭނެކަމާއ ޤާނޫނި ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާ ނަމަ ނުވަތަ ޙައްޤުތައް ގެއްލިފައިވާކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސްއެޅިފައިވާކަމަށް ބުނާ ނަމަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެހުއްދައަށް އެދޭފަރާތުން ސާފުކޮށް ބުނަންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87، 2019/SC-L/88، 2019/SC-L/89، 2019/SC-L/90 އަދި 2019/SC-L/91 މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓުތަކުގައި ކަނޑައަޅުއްވާފައިވެއެވެ.
11ޕްރިސިޑެންސް 2މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢިމާދު ޔޫސުފް ވ. ސީ. އެންޑް ސަން މޯލްޑިވްސ ޕްރައިވެޓް ލިމިޓެޑްމައްސަލައިގައިވެސް މި ހަމަ ތަކުރާރުކުރައްވައި، ހައިކޯޓަށް އިސްތިއުނާފު މައްސަލަ ހުށަހެޅުމުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތެއް އޮތްނަމަ، އެކަން ހާމަކޮށް ހުށަހެޅުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެއްކަމުގައި ބަޔާންކުރައްވާފައިވެއެވެ. އަދި ޤާނޫނެއްގެ މާއްދާއަކަށް ޙަވާލާދީ، ޖުމްލަ ގޮތެއްގައި ދަށު ކޯޓުގެ ނިންމުން ގޯސްކަމަށް ބުނުމަކުން، އެފަރާތުން އިސްތިއުނާފުކުރުމުގައި އުފުލަންޖެހޭ މަސްއޫލިއްޔަތު އަދާކޮށް ނިމުނީއެއް ނޫންކަމަށާއި، ދަށު ކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ބުނާނަމަ، އެފަދައިން ބުނާ ސަބަބު، ޤާނޫނުތަކުގެ މާއްދާ އަދި ޤާނޫނީ އުޞޫލުތަކުގެ . ޤާނޫނު ނަންބަރު 2010/22 . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87، 2019/SC-L/88، 2019/SC-L/89، 2019/SC-L/90 އަދި 2019/SC-L/91 މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/09 )އިމާދ ޔޫސުފު ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާގެ 14 ވަނަ ނުކުތާ އަލީގައި ބަޔާންކުރުމަކީ މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހަޅާ ފަރާތުގެ މަސްއޫލިއްޔަތެއްކަމުގައި ބަޔާންކުރައްވާފައިވެއެވެ.
12ޕްރިސިޑެންސް 3ހަމައެހެންމެ،ފަނޑިޔާރަކަށް ލިބިގެންވާ އިޚްތިޔާރެއްގެ މައްޗަށް އިސްތިއުނާފީ ކޯޓަކުން ވަންނަންވާނ ހަމައެކަނި އަންނަނިވިފަދަ ޙާލަތްތަކުގެތެރެއިނ ޙާލަތެއް އޮތްނަމަ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އޚމ މައްސަލައިގެ އިއްތިފާޤު ރައުޔުގެ 15 ވަނަ ނުކުތާގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ބަޔާންކުރައްވާފައިވެއެވެ. )ހ( ދަށުކޯޓުގެ ފަނޑިޔާރު ގޮތް ނިންމީ ރަނގަޅު ނޫން އުސޫލަކަށ ބިނާކޮށްގެން ކަމަށް ވުން، ނުވަތަ ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރިގޮތް ނިންމުމުގައި ކަމާނުބެހޭ ކަންކަމަށް ރިޢާޔަތްކޮށްފައިވުނ؛ )ށ( ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރިގޮތް ނިންމުމުގައި ރިޢާޔަތްކުރި ވާގިއާތަކުގެ ޙަޤީޤަތް ދަށުކޯޓުގެ ފަނޑިޔާރަށް އޮޅިފައި އޮތުން؛ )ނ( ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރި ގޮތް ނިންމުމުގައި މައިގަނޑު ވާގިއާއަކަށް ނުވަތަ ކަމަކަށް ރިޢާޔަތްކޮށްފައި ނެތުން؛ )ރ( ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރި ގޮތުގެ ސަބަބުން އެކަށީގެންނުވާ ކަމެއް ނުވަތަ ބޭއިންސާފެއް މެދުވެރިވެފައި އޮތުން، މިއެވެ. . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާ އިސްތިއުނާފީ ދެވަނަ ނުކުތާގައި ޤާނޫނީ ބަހުސެއް އޮތްތޯ ބެލުން
13ޕްރިސިޑެންސް 4އިސްތިއުނާފީ ދެވަނަ ނުކުތާއަކީ މުޙައްމަދު ޝަފީޤުގެ ފަރާތުން ހުށަހަޅާފައިވާ ޝަފަހީ 2 )ދޭއް( ހެކިން ޙާޟާރްނުކުރުމަށ ދަށް ކޯޓުގު ފަނޑިޔާރު ނިންމާފައިވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ މެރީޑިއަމ ސަރވިސަސް ވ. ސަޢީދާ މޫސާ )2017/SC-A/26( ގައި ކަނޑައަޅުއްވާފަދައިނ ހެކް ޙާޟިރުކުރަން ނިންމުމެއް ނިންމުމަށް އެކަށީގެންވާ ސަބަބެއްނެތި ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މިނުކުތާގައ އެކަށީގެންވާ ޤާނޫނީ ބަހުސެއް ހުށަހަޅާފައިވޭތޯ ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
13.1. މުޙައްމަދު ޝަފީޤުގެ ފަރާތުން ޙާޟިރުކުރުމަށް އެދުނު 2 ޝަފަހީ ހެކިން ހާޟިރުކޮށްފައިނުވާނެކަމާއު،އޭގެ ސަބަބެތަފްސީލުކޮށް ދަށު ކޯޓުގެ ޝަރީޢަތްނިމުނުގޮތުގ 7 ވަނި ނުކުތާގެ ދަށުންބަޔާންކޮށްފައިވެއެވެ. އެގޮތުން ޝަފަހީ ހެކިން ހާޟިރުނުކުރީ ދައުވާގައި ބަޔާންކުރާފަދަ އެއްބަސްވުމެއް ވެފައިވާކަން ސާބިތުކުރުމަށްޓަކައި އެގްޒިބިޓ 1 ގެ ގޮތުގައި ހުށަހެޅި ލިޔުންތަކުން އެކަން ސާބިތުވާން ނެތުމުން، ދައުވާބިނާކުރި މިންގަނޑާ ޚިލާފު އައު މިންގަނޑަކްނ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާތީ ކަމަށް ސިވިލް ކޯޓުން ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން އެއްބަސްވމެއު އޮތްކަމަށް ބުން އެ ލިޔުން ހުށަހަޅާފައިވުމުން، ދެން ޝަފަހީ ހެކިން ހުށަހަޅާނަމަ ހުށަހަޅަންވާނީ އެ އީމެއިލްތަކުގަސައްޙަކަމާމެދު ސުވާލުއުފައްދައްއެގޮތުން ނެގޭ ދިފާޢަކީ ސައްޙަ ދިފާއެއ ނޫންކަން ކަޝްފުކޮށް އެ ޙަޤީޤަތަކީ ގުޅިގެނާ ކަމާއި، އެގްޒިބިޓ 1 އިން އެއްބަސްވުމެއް އޮތްކަނ ސާބިތުވާކަމަށް ބުން އެ ލިޔުން ހުށަހެޅުމަށްފަހު، އެ ލިޔުމުން އެކަން ސާބިތުނުވުމުނ އެހެން ހެއްކަކުން އަދިވެސް ސާބިތުވޭތޯ ބަލންނުޖެހޭކަމަށ ދަށް ކޯޓުނު ފާހަގަކޮށްފައިވެއެވެ.
13.2. މިނުކުތާގައި މުޙައްމަދު ޝަފީޤުގެ ފަރާތުން ފާހަގަކޮށްފައިވަނީ ދެފަރާތުގެ މެދުގައި އެއްބަސްވުމެއް އޮތްކަން އެނގޭ ހަމައެކަނި ހެއްކަކީ ދެފަރާތުގެ މެދުގައި ބަދަލުކުރެވުނު އީމެއިލްތައ ކަމުގައް ދައުވާގައި ބަޔާންކޮށްފައިނުވާނެކަމަށެވެ. އަދި ޖަވާބުގައި އަޙްމަދު އޝްރަފްގެ ފަރާތުނ އެއްބަސްވުމެއް އޮތްކަމާމެދު ސުވާލު އުފައްދާ ޙާލަތުގައި އެއްބަސްވުމެއް އޮތްކަން ސާބިތުކޮށްދިނުމަށް ހުށަހެޅި ޝަފަވީ ހެކިން ހާޟިރު ނުކުރަންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތް ކަމަށާއި އެ ޙައްޤުން މުޙައްމަދު ޝަފީޤު މަހުރޫމުކުރެވިގެނ ނުވާން ކަމަށެވެ.
13.3. ނަމަވެސް މި ނުކުތާގައި މުޙައްމަދު ޝަފީޤު އަށް ސާފުކޮށްދެވިފައިނުވާކަމަކީ، ދައުވާ ހުށަހަޅާއިރު އ ދައުވާގެ އެންމެ އަސާސީ ކަންކަން )މިމައްސަލައިގައި ދެފަރާތުގެ މެދުގައި ދައުވާގައި ބުނާފަދަ އެއްބަސްވުމެއް ވެފައިވާކަން( ސާބިތުކޮށްދިނުމަށް އެކަށީގެންވާ ހެކި ހުށެހަޅަންޖެހޭއިރު، ދައުވާ ފުރަތަމް ހުށަހެޅަ އިރު ދެފަރާތުގެ މެދުގައި އެއްބަސްވުމެއް ނުވަތަ ކޮންޓްރެކްޓެއް އޮތްކަން އެނގޭނެ މިންވަރުގެ ހެކި ދައުވާ ފޯމާއެކު ހުށަހަޅާފައިނުވަނީ ކޮން ސަބަބަކާހެދި ކަމެވެ. ދައުވާ ފޯމަށް ބެލުމުން ދެފަރާތުގެ މެދުގައި އެއްބަސްވުމެއްއޮތްކަނ އެނގެން ދެފަރާތުގެ މެދުގައި ބަދަލުކުރެވުނު އީމެއިލްތަކުން )އެގްޒިބިޓ 1( ކަން މުޙައްމަދު ޝަފީޤު ޤަބޫލުކުރާކަން އެނގެން އެބައޮތެވެ. ދައުވާގެ އަސާސީ ކަންކަން ސާބިތުކުރުމަށް އިތުރު ހެއްކެއް ހުށަހަޅާނަމަ އާންމު އުސޫލުން ދައުވާ ފޯމާއެކު އެ ހެއްކެއް ހުށަހަޅަންވާނެ ކަމުގައި ދެކެމެވެ. ނަމަވެސް އެއްބަސްވުމެއް އޮތްކަން ސާބިތުކުރުމަށްޓަކައި މުޙައްމަދު ޝަފީޤުގެ ފަރާތުން ޝަފަހީ ހެކިން ހުށަހަޅާފައިވަނީ އަޙްމަދ އަޝްރަފްގެ ފަރާތުން ދަށު ކޯޓަށް ޖަވާބު ހުށަހަޅައި، ދައުވާ ފޯމާއެކު ހުށަހެޅުނު ހެކިތަކުން ދެފަރާތުގެ މެދުގައި އެއްބަސްވުމެއް އޮތްކަން އެނގެން ނެތް ކަމަށްބުނެ ދިފާއު ނެގުމުން ކަން އެނގެން އެބައޮތެވެ. އަޙްމަދު އަޝްރަފްގެ ފަރާތުން އެގްޒިބިޓ 1 ގައިވާ އީމެއިލްތަކުގެ ސައްޙަކަމާމެދ ސުވާލު އުފައްދާފައި ނުވެއެވެ.އަޙްމަދު އަޝްރަފްގެ ފަރާތުން ފާހަގަކުރި ކަމަކީ ދެފަރާތުގެ މެދުގައި ދައުވާގައިބުނާ ފަދަ އެއްބަސްވުމެއް އޮތްކަން އެ އީމެއިލްތަކުން އެނގެން ނެތް ކަމެވެ. މިކަމާމެދު ޚިލާފެއް ނެތެވެ. އެހެންކަމުން ދައުވާގައި ސާބިތުވާންޖެހޭ އަސާސީ ކަންކަން ސާބިތުކުރުމަށް ދައުވާފޯމުގައި ހިމަނާފައިވާ ހެކީގެ އިތުރުނެ،ހަމަ އެކަންކަން ސާބިތުކުރުމަށް އިތުރު ހެކި ހުށަހެޅުމުން އެ ހެކިން ހާޟިރުނުކޮށްވަނީ ދަށު ކޯޓުގެ ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރުގެ ތެރެއިން ކަމަށްވާއިރު، މި ހާލަތުގައި ދަށު ކޯޓުގެ ފަނޑިޔާރުގެ އެ ނިންމުމަށް އިސްތިއުނާފ ކޯޓަކަށް ވަދެވިދާނެ އިސްތިސްނާ ޙާލަތު އ ތްކަމްކ ށ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އޚމ މައްސަލައަށް ރިޢާޔަތްކޮށް ބަލާއިރު އަހުރެންނުދެކެމެވެ. އެހެންކަމުން މިއް އެކަށީގެންވާ ޤާނޫނީ ބަހުސެއް ހުށަހެޅިފައިވާ ނުކުތާއެއް ކަމުގައި އަހުރެނ ނުދެކެމެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ޤާނޫނީ ބަހުސެއް އޮތްތޯ ބެލުން
14ޕްރިސިޑެންސް 5އިސްތިއުނާފީ ފުރަތަމަ ނުކުތާގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ހެކި ވަޒަންކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ވ. ޖާބިރު ޢަބްދުއްރަހްމާނ )2018/SC-A/49( ޤަޟިއްޔާގައި ބަޔާންކުރި ފަދައިނުޝާމިލްގޮތުގައި ނޫންކަމަށެވެ. މިނުކުތާގައ މުޙައްމަދު ޝަފީޤުގެ ފަރާތުން ފާހަގަކުރާ ކަމަކީ ދަށު ކޯޓަށް ހުށަހެޅުންހެކިތަކުނީދެފަރާތުގެ މެދުގައި އެއްބަސްވުމެއް އޮތް ކަން އެނގޭކަމަށާއި ނަމަވެސް ހެކިތަކަށް ޝާމިލްގޮތެއްގައި ރިޢާޔަތްކޮށްފައިނުވާތ އެއްބަސްވުމެއް ނެތް ކަމަށް ދަށު ކޯޓުން ކަނޑައެޅީކަމަށެވެ. މިނުކުތާގައި ޤާނޫނީ ބަހުސެއް އޮތްތޯ ވަޒަންކުރާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ. . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާ
14.1. ދަށު ކޯޓަށް ހުށަހެޅުނެދައުވާފޯމުގައި ދައުވާ ސާބިތުކުރުމަށްހުށަހަޅާފައިވަނ ކިތާބީ ހެކީގެ ގޮތުގައި އެގްޒިބިޓ 1 އަދި 2 ގ ގޮތުގައެ ހުށަހެޅި ލިޔުންތަކެކެވެ. އެގޮތުން އެގްޒިބިޓ 1 ހުށަހަޅާފައިވަނީ ދެފަރާތުގެ މެދުގައިދައުވާގައި ބަޔާންކުރާފަދަ އެއްބަސްވުމެއް އޮތް ކަން ސާބިތުކޮށްދިނުމަށެވެ. އަދި އެގްޒިބިޓް 2 ހުށަހަޅާފައިވަނީ ދައުވާގައިވާ ފަދައިން މުޙައްމަދ ޝަފީޤު އިންވެސްޓްކޮށްފައިވާކަން ސާބިތުކޮށްދިނުމަށެވެ.
14.2. ބުނެވުނު އެގްޒިބިޓ 1 އަދި 2 ގައިވާ ލިޔުންތަކަށް ދަށު ކޯޓުން ރްޢާޔަތްކޮށްފައިވޭތޯ ބަލާއިރު، އެގްޒިބިޓ 2 ގައިވާ ތާވަލުގައި ބަޔާންކުރާ ފައިސާއަކީ މުޙައްމަދު ޝަފީޤުގެ ފަރާތުން އަޙްމަދު އަޝްރަފަށ ދިން ފައިސާއެއްކަން އަޙްމަދް އަޝްރަފްގެ ބަހުން އެނގެން އޮތް ނަމަވެސް، އެގްޒިބިޓ 2 އަކީ، އެފައިސާގެ މުޤާބިލު ސާބިތުކޮށްދެވޭ ލިޔުމެއް ނޫންކަމަށް ބަޔާންކޮށްފައިވެއެވެ.މީގެ އިތުރުން އެގްޒިބިޓ 1 ގ ގޮތުގައެ ހުށަހަޅާފައިވި އީމެއިލްތަކުގައިދައުވާގައި ބަޔާންކުރާފަދަ އެއްބަސްވުމެއް ދެފަރާތުގެ މެދުގައި ވެފައިވާކަން އެ އީމެއިލްތަކުން ސާފުކޮށް އެނގެން ނެތް ކަން ދަށު ކޯޓުން ބަޔާންކޮށްފައިވެއެވެ.
14.3. ދަށުކޯޓުން ފާހަގަކޮށްފައިވާ ފަދައިން، އެގްޒިބިޓް 1 ގައިވާ އީމެއިލްތަކުގައް،އަކިރިފުށި ރިސޯޓް ހެދުމަށ މުޙައްމަދު ޝަފީޤު އިންވެސްޓްކުރުމުން، އެ ރިސޯޓުގެ ޙިއްސާގެ 50% )ފަންސާސް އިންސައްތަ( ޙިއްސާ ދިނުމަށް އަޙްމަދު އަޝްރަފްއ ދެމެދާ އެއްބަސްވުމެއް ވެފައިވާކަން ސާފުކޮށް ބަޔާންކޮށްފައިނުވެއެވެ. އެ އީމެއިލްތަކުގައ ވަނި ދެފަރާތުގެ މެދުގައި އަކިރިފުށ ތަރައްގީކުރުމާބެހޭގޮތުން އަދި ފައިސާދެއްކުމާ ގުޅޭގޮތުން ކުރެވުނު މުޢާމަލތްތަކެކެވެ. ދެފަރާތުގެ . ސިވިލް ކޯޓުގެޝަރީޢަތް ނިމުނުގޮތުގެ ނުކުތާ 7.2 . ސިވިލް ކޯޓުގާޝަރީޢަތް ނިމުނުގޮތުގެ ނުކުތާ 37. މެދުގައި ކޮންޓްރެކްޓެއް އޮތްކަން ހަމައެކަނި އެ އީމެއިލްތަކުން އެނގޭކަށް ނެތެވެ. ނަމަވެސްއެ މުޢާމަލާތުގައި ދެފަރާތުގެ މެދުގައި ޚިލާފުތަކެއް އުޅޭކަން އެ އީމެއިލްތަކަށ ބެލުމުން ދޭހަވެއެވެ.
14.4. ކަން މިހެން އޮތްއިރު، ދައުވާގައި ބަޔާންކުރާފަދަ އެއްބަސްވުމެއް ދެފަރާތުގެ މެދުގައި ނެތް ކަމަށް ދަށް ކޯޓުނު ކަނޑައެޅީ ހެކިތަކަށް ޝާމިލްގޮތެއްގައި ނުބަލާ، ރިޢާޔަތްނުކޮށް ކަމަށް ބުނި ނަމަވެސް، މި ނުކުތާގައި ޙަޤީޤީ ޤާނޫނީ ބަހުސެއް ހުށަހެޅިފައިވާ ކަމަކަށީއަހުރެން ނުދެކެމެވެ.އެހެނ އެގްޒިބިޓ 1 އަދި 2 އަށް ޝާމިލްގޮތެއްގައި ރިޢާޔަތްކޮށްފައިވާކަން ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ 7 ވަނަ ނުކުތާގެ ދަށުން ބަޔާންކޮށްފައިހުރި ކަންކަމަށް ބެލުމުން އެނގެއެވެ.ދައުވާ ސާބިތުކުރުމަށް ހުށަހަޅް ހެކިތަކަށް މައްސަލަ ބަލާ ފަނޑިޔާރު ރިޢާޔަތްކުރުމުން، ދައުވާކުރާފަރާތުނ އެދޭފަދަ ދޭހައެއް ނުނެރެވުމަކީ ހެކިތަކަށް ރިޢާޔަތްކުރަންޖެހޭ މިންގަނޑުން ރިޢާޔަތްނުކޮށްވާކަނ ދޭހަކޮށްދޭ ޤާނޫނީ ހަމައެއް ނޫނެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާގައި ޤާނޫނީ ބަހުސެއް އޮތްތޯ ބެލުން
15ޕްރިސިޑެންސް 6އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ ދަށުކޯޓުގައި ކުރެވިފައިވާ ދަޢުވާ އިޞްލާޙުކޮށްފައި އަލުން ހުށަހެޅުމުގެ ޙައްޤު އޮންނަ ގޮތަށް މައްސަލަ ބާޠިލްކޮށްދިނުމަށް އެދުމުން އެކަން ކޮށްދެވެން ނެތްކަމަށް ދަށު ކޯޓުން ނިންމުމުގައި، ސުޕްރީމް ކޯޓުން ނިންމާފައިވާ ޝަރޫ ލޯންޗް ސަރވިސް ވ. ދަ މޮރިޝަސް ކޮމާރޝަލް ބޭންކް )މޯލްޑިވްސް( )2020/SC-A/89( ގައި ބުނާފަދަ ސާފުކޮށް ފެންނަން އޮތް ގޯހެއް އޮތްކަމަށް ބުނީ ފާހަގަކުރި ނުކުތާއެވެ. މިނުކުތާގައި މުޙައްމަދު ޝަފީޤުގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނ މައްސަލަ އަލުން ހުށަހެޅީމުގެ ޙައްޤު ލިބިދެވޭގޮތަށް މައްސަލަ ބާޠިލްކޮށްދީފައިނުވަނީ ދައުވާގެ މިންތަކާއި އިންތައ ފަނޑިޔާރް ގޯސްކޮށް ކަނޑައެޅި ކަނޑައެޅުމުގެ މައްޗަށް ބަރޯސާވެގެން ކަމަށެވެ. މިނުކުތާގައި ޤާނޫނ ބަހުސެއް އޮތްތޯ ވަޒަންކުރާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
15.1. މައްސަލަ ބާޠިލްކުރުމަށް އެދުމުން ދަށު ކޯޓުން އެ މައްސަލަ ބާޠިލްކޮށްފައިނުވާ ސަބަބަށް ބަލާއިރު، ދަށު ކޯޓުގެ ޝަރީޢަތްނިމުނުގޮތުގ 15 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ"...ޗެމްބަރސް އިންގ ފަރާތުން ފޮނުވި ނަންބަރ C1/2022/039 )14 އެޕްރީލް 2022 ( ސިޓީގައި ސޮއިކޮށްފައިވަނީ"ސިވިލ ކޯޓަށް ދަޢުވާ ނުވަތަ މައްސަލަ ހުށަހެޅުމާއި ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގ 38 ވަނަ މާއްދާގެ )އ( އާއި، )ވ( އާ އެއްގޮތަށް އެފަރާތުން ކަނޑައެޅި ލޯޔަރުންގެ ތެރެއިން ލީޑްކުރުމަށް އައްޔަންކުރި ލޯޔަރަށްނުވާތީ، ދަޢުވލިބާ ފަރާތުން ފާހަގަކުރި ފަދައިން ދަޢުވާކުރާ ފަރާތުން ހުށަހެޅި ނަންބަރ C1/2022/039) 14 އެޕްރީލް 2022( ސިޓީ އަކީ ކޯޓަށް ބަލައިގަނެވޭނެ ސިޓީއެއް ނޫނެވެ." މިފަދައިންނެވެ.
15.2. ނިމަވެސްދަށ ކޯޓުނު ބަޔަންކޮށްފައިވާ މްސަބަބަކީ މި އިސްތިއުނާފީ ނުކުތާގައި މުޙައްމަދ ޝަފީޤުގެ ފަރާތުނީފާހަގަކޮށްފައިވާ ނުކުތާއެއް ނޫނެވެ.އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ "ބަހުސްގެ ބޭނުމަށް" ދަށު ކޯޓުން ފަހާގަކޮށްފައިވ ކަންކަމާ ގުޅިގެނާ ހުށަހަޅާފައިވް އިސްތިއުނާފ ނުކުތާއެކެވެ. ނަމަވެސް ދަށު ކޯޓުން މައްސަލިބާޠިލްކޮށްފައިނުވާ ޙަޤީޤީ ސަބަބު މިނުކުތާގައ އިސްތިއުނާފުކުރެވިފައިނުވާތީ، މި ނުކުތާއަކީ އިސްތިއުނާފުގައްޤާނޫނީ ހަމަތަކުން ބަލައގޮތ ކަނޑައަޅަންޖެހޭފަދަ ގޮތަކަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއެއްކަމުގައި އަހުރެން ނުދެކެމެވެ.
16އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2022/HC-A/167 ޤަޟިއްޔާގެ އިސްތިއުނާފު ފޯމު ބާޠިލްކޮށް މި މައްސަލަ ނިންމަން ފެނެއެވެ. ފަނޑިޔރ މުޙައްމަދު ފައިޞަލާ ގެ ރައުޔު؛
17ފަނޑިޔާރު ދީބާނާޒް ފަހުމީގުރައުޔުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ތާއީދުކުރުމާއެކު، ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެނ ތާއީދުކޮށްފީމެވެ.
18ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް ތާއީދުކުރުމާއެކު ތިރީގައިވާ ކަންކަން އިތުރަށް ފާހަގަކުރަމެވެ.
19ސިވިލ ކޯޓަށް މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކަށް ޝާމިލުގޮތެއްގައި ބަލާފައިނުވާކަމަށާއި، ހުށަހަޅާފައިވާ ހެކިން ޙާޟިރުނުކުރުމަށް ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް އިސްތިއުނާފުކުރ ފަރާތުން ބުނެފައިވެއެވެ. އެހެންނަމަވެސް، މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ނުކުތާ 3 އިން 12އަށް ބަޔާންކޮށްފައިވް ކަންކަމުން، ޤާނޫނު ނަންބަރު 91/ 4 )ކޮންޓްރެކްޓާބެހޭ ޤާނޫނު(ގެ މާއްދާތަކާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދަޢުވާކުރާ ފަރާތުން ދަޢުވާ ސާބިތުކުރުމުގެ ބުރައުފުލައި އެބުރ އަދާކުރަންޖެހޭގޮތަށްރިޢާޔަތްކޮށް، އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި ބަޔާންކޮށްފައިވާފަދަ އެއްބަސްވުމެއް ނެތްކަމަށް ޝަރީޢަތުން ކަނޑައެޅި ސަބަބުތައް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ޙުކުމަށް ވާޞިލުވި ސަބަބުތައް ތަފުޞީލުކުރުމާ ގުޅޭގޮތުން ކަނޑައަޅުއްވާފައިވ އުޞޫލާ އެއްގޮތަށް ބަޔާންކޮށްފައިވެއެވެ.
20އެހެންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ވ. ޖާބިރު ޢަބްދުއްރަހްމާނ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ އުޞޫލާ އެއްގޮތަށް ސިވިލް ކޯޓުން މި މައްސަލައިގެ ހެކިތަކަށް ރިޢާޔަތް ކޮށްފައިވެއެވެ. އަދިދަށުކޯޓުނ ހެކިން ޙާޟިރު ނުކުރުމުގައި ފަނޑިޔާރުގެ އިޚްތިޔާރު ނުރަނގަޅުވި، އަދ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އޚމ ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގައި ބަޔާން ކޮށްފައިވާ ޤާނޫނީ އުޞޫލަކާ ޚިލާފުވާގޮތެއް އިސްތިއުނާފުކުރާ ފަރާތަށް ސާފުކޮށްދެވިފައިނުވެއެވެ. ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ދެފަރާތުގެ ހުށަހެޅުންތަކަށް ރިޢާޔަތްކުރިގޮތާއި، އެ ނިންމުން ބިނާކުރި ޤާނޫނީ އުޞޫލާއި ތަފުޞީލު މައްސަލަ ނިންމިގޮތުގައި ބަޔާން ކޮށްފައިވާނަމަ، އަދި އެ ތަފުޞީލތަކުގައ އެ ނަތީޖާއަށް ވާސިލުވުމަށް ބުރަވެވޭ ސަބަބުތައް ހުރިނަމަ، މައްސަލައިގެ ޚަޞްމަކަށް ބަލައިނުގަނެވޭ ނުވަތަ އަންދާޒާކުރި ނަތީޖާއެއް ނުނުކުންނަ ކޮންމެ ފަހަރަކީ، އެކަން އިސްތިއުނާފީ ނުކުތާއަކަށް ބަދަލުވާ ޙާލަތެއްކަމަށް ނުދެކެމެވެ.
21މީގެއިތުރުން، ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ނުކުތާ 13 އިން 17 އަށް ފަނޑިޔާރު ޢަބްދުއްނާޞިރ ޝަފީޤު ފާހަގަކުރައްވާފައިވާ ކަންކަމަށް ބަލާއިރު، ޝަރީޢަތްކުރުމުގައި ދަޢުވާކުރާ ފަރާތާއި އެއްމިންވަރަކަށ ދަޢުވް ރައްދުވާ ފަރާތުގާ ޙައްޤުތަކެއްވާކަމާއި، މީހަކުހުށަހަޅ ދަޢުވާއަކާ ގުޅިގެނާ ދިފާޢު ބިނާކޮށް ދަޢުވާއަށް ޖަވާބުދާރީވުމުން، ދަޢުވާގެ ދިފާޢުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި، ޚަޞްމަކު ފުރަތަމ ހުށަހެޅަ ދަޢުވާގައިހުރި އުނިކަންކަން ފޫބައްދައި އަލުން އައުދަޢުވާއެއ ކޯޓަށް ހުށަހެޅުމުގެދޮރ ހުޅުވާލުމަކ، ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމާއި، ދަޢުވާ ރައްދުވާފަރާތަށް ޤާނޫނުއަސާސީގެ 42 ވެނ މާއްދާގަ )ށ(ގައި ބަޔާންކޮށްފައިވާ ޢަދުލުވެރި ޝަރީޢަތެއް ކުރެވުމުގެ ޙައްޤަށް އުނިކަންއަންނަ ކަމެއްކަމަށް ބަޔާންކުރައްވަނ ޤާނޫނީ ރަނގަޅީ އުޞޫލުކަމަށް ދެކެމެވ.
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު)
- ސިވިލް ކޯޓަށް ދަޢުވާ ނުވަތަ މައްސަލަ ހުށަހެޅުމާއި ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ 38 ވަނަ މާއްދާގެ (އ) އަދި (ވ) (ދަށުކޯޓުގެ ނިންމުމުން ނަގާފައި)
- ސުޕްރީމް ކޯޓު 2019/SC-L/87، 2019/SC-L/88، 2019/SC-L/89، 2019/SC-L/90، 2019/SC-L/91 (މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތް)
- ސުޕްރީމް ކޯޓު 2019/SC-A/09 (ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) - 14 ވަނަ ނުކުތާ
- ސުޕްރީމް ކޯޓު 2022/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އޚމ) - 15 ވަނަ ނުކުތާ
- ސުޕްރީމް ކޯޓު 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ވ. ޖާބިރު ޢަބްދުއްރަޙްމާން)
- ސުޕްރީމް ކޯޓު: އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން (ނަންބަރު މި ލިޔުމުގައި ނެތް)
- ބެންޗު
- ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް