ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/100
އަޙްމަދު ފާއިޒް ވ. އަހްމަދު ސިޔާމް، 2019/HC-A/100
Ahmed Faiz v. Ahmed Siyam 2019/HC-A/100 (2019/HC-A/100, High Court of the Maldives, 17 November 2021)
އަޙްމަދު ފާއިޒް ވ. އަހްމަދު ސިޔާމް
މައިގަނޑު ސުވާލު
ލޯންޗެއް ގަނެވިއްކުމުގެ އަނގަބަހުން ވި އެއްބަސްވުން ފުރިހަމަނުވެ ރޫޅިފައިވާ ޙާލަތުގައި، އެއްބަސްވުމާ ޚިލާފުވީ ކާކުކަން ނުކަނޑައަޅައި އެޑްވާންސް ފައިސާ އަނބުރާ ދިނުމަށް ސިވިލް ކޯޓުން ކުރި ޙުކުމާއި، ވިއްކާ ފަރާތުގެ ގެއްލުމުގެ ބަދަލުގެ ދިފާޢީ ދަޢުވާ ޤަބޫލުނުކުރުމަކީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ގަނެވިއްކުމުގެ މުޢާމަލާތް ފުރިހަމަނުވެ، ގަތުމަށް އެއްބަސްވި މުދާ ވިއްކާ ފަރާތުން އަނބުރާ ބަލައިގަނެ އެއްބަސްވުން ރޫޅިފައިވާ ޙާލަތުގައި، ދެ ފަރާތް ކުރިން ތިބި ޙާލަތަށް ރުޖޫޢަވުމަށްޓަކައި، ތަބައްރުޢެއްގެ ގޮތުގައި ނޫން ގޮތުން ގަންނަ ފަރާތުން ދީފައިވާ އެޑްވާންސް ފައިސާ، އެއީ އަގުގެ ބައެއް ކަމަށް ބެލިޔަސް، އަނބުރާ ދޭން ނުޖެހޭނެ ކަމަށް ނުކަނޑައެޅޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19–21)
- އަނގަބަހުން ވި އެއްބަސްވުމާ އެއްގޮތަށް އަނެއް ފަރާތުން ޢަމަލުނުކުރިކަމަށް ބުނެ ނަގާ ދިފާޢު ސާބިތުކޮށްދިނުމުގެ ޒިންމާ އޮތީ އެ ދިފާޢު ނަގާ ފަރާތުގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުލި ހޯދުމަށް އެދޭނަމަ އެ ކުލި ދައްކަންޖެހޭކަން ސާބިތުކުރަންޖެހޭނެ ކަމާއި، މަރާމާތުގެ ޚަރަދު ހޯދުމަށް އެދޭނަމަ ލިބުނު ގެއްލުމާއި ޚަރަދުތައް ކޮބައިކަން ޝަރީޢަތަށް ބުނެދޭންޖެހޭނެއެވެ؛ ދިފާޢު ސާބިތުނުކުރެވޭނަމަ ބަދަލު ނަގައިނުދިނުމަކީ ޚިލާފު ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25–26)
- މައްސަލަ ބެލި ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ނުވަތަ ހެކިތަކަށް ރިޢާޔަތްކުރަންޖެހޭ މިންވަރަށް ރިޢާޔަތްނުކުރާކަމަށް ހަމައެކަނި ބުނުމުން ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ނުފޯރާނެ ކަމާއި، ޤާނޫނީ ގޯހެއް، ޙައްޤުތައް ގެއްލުމެއް ނުވަތަ އިންޞާފަށް ހުރަސްއެޅުމެއް ބުނާނަމަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފީ ނުކުތާގައި ސާފުކޮށް ބުނަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27، ސުޕްރީމް ކޯޓުގެ <bdi class="salj-latin" dir="ltr">2019/SC-L/91</bdi>)
- ދަށުކޯޓުގެ ނިންމުން ޚިލާފުވީ ކޮން ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާކަން ބަޔާންނުކޮށް، ހަމައެކަނި ނިންމުން ޚިލާފު ކަމަށް ބުނުމަކީ ދަށުކޯޓުގެ ޙުކުމަށް ބަދަލު ގެނައުމަށް ކާފީ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18، 23، 28)
1މިއީ، ސިވިލ ކޯޓުގެ ނަންބަރު 1098/Cv-C/2017 ޤަޟިއްޔ ނިމިފައިވާ ގޮތާ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ހއ. ހޯރަފުށި / މާވިނަ، އަޙްމަދ ފާއިޒް )އައި.ޑީ.(ގެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފ ދަޢުވާ ރައްދުވާފަރާތަކީ މާލެ / ދަފްތަރު. ނަންބަރ 4630، އަޙްމަދު ސިޔާމު )އައި.ޑީ.ކާޑު ނަންބަރ ( އެވެ.
2ރ. އިންނަމާދޫގައި އޮތް އަޙްމަދު ފާއިޒުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރ P1092B-06 06-A "އަލްފަލްފާ 1" ލޯންޗު، އްޙަ މަދު ސިޔާމަށ ވިއްކުމަށް މި ދެފަރާތުގެ ދެމެދުގައި ވާހަކަ ދެކެވު ލޯންޗު ގަތުމަށްޓަކައި އެޑްވާންސް ފައިސާގެ ގޮތުގައި 150,000/-ރ. )އެއްލައްކަ ފަންސާސްހާސް ރުފިޔާ( 10 ޑިސެންބަރު 2016 ގައި އަޙްމަދު ސިޔާމުގެ ފަރާތުނ އަޙްމަދު ފާއިޒަށް ދިނެވެ. މިފައިސާއަކީ ލޯންޗުގަތުމުގެ ކުރިން ލޯންޗުގައުކުރަނ ހުރް މަރާމތާކުރުމަށްޓކައި ދިން ފައިސާ ކަމަށް އަޙްމަދު ސިޔާމު ބުނެއެވެ. ލޯންޗު އޮތީ ރ. އިންނަމާދޫގައި ކަމަށްވުމުން މި ދެފަރާތުގެ ދެމެދުގައި ވާހަކަ ދެއްކުނީ ލޯންޗުގެ ފޮޓޯތައް ދައްކައިގެންނެވެ. އެ ލޯންޗް ގަތުމުގެ ބޭނުމުގައި 05 ޖަނަވަރީ 2017 ގައި އަޙްމަދު ސިޔާމު ރ. އިންނަމާދޫއަށ ގޮސް އެ ލޯންޗު އިންސްޕެކްޓް ވެސި ކުރިއެވެ. އަޙްމަދު ފާއިޒް ވެސް ބައިވެރިވއ ދަތުރުގައި އެ ލޯންޗު މާލެ ގެނެސް ބޭއްވީ އަޙްމަދު ސިޔާމުގ ބެލުމުގެ ދަށުގައި ވިލިމާލެ ފަޅުތެރޭގައެވެ. މި ހިސާބަށް މި މުޢާމަލާތް ދިޔަނަމަވެސް މި ލޯންޗު ވިއްކާލުމުގެ މުޢާމަލާތް ފުރިހަމަ ވެފައި ނުވެއެވެ. 10 ޑިސެންބަރު 2016 ގައި މި ފައިސާ ޙަވާލުކުރިކަން އެނގޭ ލިޔުމެއް ހުށަހެޅިފައިވެއެވެ. އަޙްމަދު ސިޔާމު ބުނެފައިވަނީ މި މުޢާމަލާތް ފުރިހަމަވެފައިނުވަނީ އަޙްމަދު ފާއިޒުގެ ފަރާތުން ފުރިހަމަ ކުރަންޖެހޭކަންކަނ )މަރާމިތުތައް(ފުރާ ހަމަ ކޮށެ ދީފައި ނުވާތީ ކަމަށެވެ. އެމަރާމތުތައ ކޮށްފައް ނުވާތީ އ ލޯންޗު ގަނެވެނ ނެތްކަމަށް އަޙްމަދު ފާއިޒަށ އެންގިކަމަށް އަޙްމަދް ސިޔާމު ބުނެއެވެ.
3މިދެފަރާތުގެ ދެމެދުގައި ލިޔުމުން އެއްބަސްވުމެއް ވެފައި ނުވެއެވެ.
4އަހްމަދު ސިޔާމުގ ބެލުމުގެ ދަށުގައި ވިލިމާލެ ފަޅުތެރޭގައިއޮތް ލޯންޗުގެ ތަޅުދަނޑި 23 ފެބްރުވަރީ 2017 ގައި ހެކިންގެ ހާޟިރުގައި ލޯންޗް ވެރިފަރާތް ކަމަށްވާ އަޙްމަދު ފާއިޒުއާ ޙަވާލުކުރެވިފައިވެއެވެ. އަޙްމަދު ފާއިޒުގެ ފަރާތުން ބުނެފައިވަނީ ލންޗި ގަތުމުގެ މުޢާމަލާތަށް ދައްކަންޖެހޭ ފައިސާގެ ބާކީ ފައިސާ ނުދައްކައި އަދްލޯންޗު ޙަވާލުނުކޮށްގެނ އަޙްމަދު ސިޔާމަށ ތަކުރާރުކޮށް ގުޅައި އެމައްސަލަ ވިލިމާލެ ޕޮލިހަށި ވެސް ހުށަހެޅި ކަމަށެވެ. ތަޅުދަނޑި ޙަވާލުކުރީ ޕޮލިހަށް މައްސަލަ ހުށަހެޅުމުން ކަމަށެވެ.
5ލޯންޗް ގަތުމަށްޓަކައި އެޑްވާންސް ފައިސާގެ ގޮތުގައި އަޙްމަދު ސިޔާމު ދިން 150,000/-ރ. )އެއްލައްކަ ފަންސާސްހާސް ރުފިޔާ( އަޙްމަދް ފާއިޒުގެ ކިބައިން ހޯދުމަށް 05 އެޕްރީލް 2017 ގައި އިމައްސަލަ އަޙްމަދު ސިޔާމުގެ ފަރާތުން ސވިލ ކޯޓަށް ހުށަހެޅިއެވެ. މިއިސްތިއުނާފކުރެވު ސިވިލް ކޯޓުގެ ނަންބަރު 1098/Cv-C/2017 ޤަޟިއްޔް އިނާ ބަލައި ފައިވަނީ އެގޮތުގެމަތިނ އަޙްމަދު ސިޔާމް ހުށަހެޅު މައްސަލައެވެ.
6އަޙްމަދު ސިޔާމުގެ ދަޢވު ގެ ޖަވާބުގައި އަޙްމަދު ފާއިޒް ބުނެފައިވަނީ، ލޯންޗު ގަންނަން ބޭނުންވެގެން އެ ލޯންޗު ބަލައި އިންސްޕެކްޓްކުރުމަށްފަހު އެ ލޯންޗު ގަންނާނޭކަމަށ ބުން ރ. އިންނަމާދޫގައި ލޯންޗު އޮތްވައި 05 ޖަނަވަރީ 2017 ގައި ލޯންޗު މާލެ ގެނައީ އަޙްމަދު ސިޔާމު ކ މަށެވެ. އަދި އޭނާއެއްބަސްވ މަރެ މާތުތައް ކޮށްފައިވާނެކަމަށެވެ.ލޯންޗް އަޙްމަދު ސިޔާމުގ ބެލުމުގެ ދަށުގައި 48 ދުވަހު އޮތްކަމަށާއި ލޯން ޗ ވިއްކުމަށް އެއްބަސްވި އަގު )-/700,000 ރ.(ގ ބާކީ އަޙްމަދެސިޔާމު ދައްކާފައިނުވާ ކަމަށެވެ. ލޯންޗުގެ އަގުގްބާކީ ފައިސާ ދެއްކުމަށް އެކިގޮތްގތަށް އެކިފަހަރު މަތިން އެންގުމުނޮ ވެސް އެ ފައިސާ ދަށުކޯޓުގެ ދަޢުވާ ފޯމު އަޙްމަދު ސިޔާމު ދައްކާފައިނުވާ ކަމަށެވެ. އަޙްމަދު ސިޔާމުގ ބެލުމުގެ ދަށުގައި ލޯންޗު އޮތްމުއްދަތުގައ އިހުމާލުވުމުގެ ސަބަބުން ލޯންޗަށ ލިބުން ގެއްލުންތައް މަރާމާތު ކުރުމަށާއި ލޯންޗް ވިއްކާލުމަށް ލިބުން އިތުރު ފުރުޞަތުތައްބީވެގެން ދިއުމުގެ ސަބަބުން އަޙްމަދު ފާއިޒަށިލިބުނ ގެއްލުނު އަޙްމަދް ސިޔާމުގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަށްވުރެ އިތުރުވާނާކަމަ ށ އ އެހެންކަމެން ފައިސާނަގައ ދޭންޖެހި ސަބަބއ ނެތްކަމަށް ބުން އަޙްމަދް ފާއިޒަށ ލިބުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށީއެދި އެ ދަޢުވާގެ ރައްދުގައި ދިފާޢު ދަޢުވާއެއް އަޙްމަދު ފާއިޒުގެ ފަރާތުން ހުށަހެޅިއެވެ.
7ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ، އަޙްމަދު ފާއިޒު ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރ 06-A P1092B-06 ލޯންޗް، އަޙްމަދް ސިޔާމް ގަތުމަށްޓަކައި ދެފަރާތް ދެމެދު ވާހަކަދެކެވި، އެއްބަސްވުމެއް ހެދުމުގެ ކުރިން، އެޑްވާންސް ފައިސާގެ ގޮތުގައި އަޙްމަދު ސިޔާމްގެ ފަރާތުން އަޙްމަދ ފާއިޒަށ ދައްކާފައިވާ 150,000/-ރ. )އެއްލައްކަ ފަންސާސްހާސް ރުފިޔާ( އަކީ އަޙްމަދާފާއިޒުގެ ފަރާތުން އަޙްމަދް ސިޔާމށް އަނބުރާ ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި، މި ފައިސް ލިބިދިނުމުގެ ގޮތުނ 18 ޑިސެނބަރް 2018 އިން ފެށިގެން 30 )ތިރީސް( ދުވަހުގެ ތާރޭގައި ސިވިލް ކޯޓަށް ދެއްކުމަށައަޙްމަދު ފިއިޒށް އަންގައިއެވެ.
8އަޙްމަދު ފާއިޒުގެ ފަރާތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދުނު 48 ދުވަހުގެ ކުލީގެ ގޮތުގައި ހޯދުމަށް އެދުނު 240,000/-ރ. )ދެލައްކަ ސާޅީސް ހާސް ރުފިޔާ ( ދައްކަންޖެހޭކަން ޘާބިތުކޮށްދީފައިނުވުމާއި އަދި ލޯންޗަށް ލިބިފައިވާ ގެއްލުންތަކާއި އިގެއްލުންތައް މަރާމާތު ކުރުމަށްދިޔަ ޚަރަދަކީ ނުވަތަ މަރާމާތުކުރުމަށްދާ ޚަރަދުތަކަކީ ކޮބައިކަން ޝަރީޢަތުގައި ބުނެދެވިފައި ނެތުމުންނާއި އަދި މ މުއްދަތުގައި އެއްބަސްވުން ރޫޅާލެވިފައ އޮތުމުން އަޙްމަދު ފާއިޒްއެދިފައިވާ ފަދައިން ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ހަމައެއްނެތްކަމަށ ވެސް އެ މައްސަލައިގައި ކަނޑައަޅައިފައިވެއެވެ.
9ސިވިލް ކޯޓުގެ ނަންބަރު 1098/Cv-C/2017 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އަޙްމަދް ފާއިޒު ގެ ފަރާތުނ އަންނަނިވްނުކުތތައ ހުށަހަޅައި ފައިވެއެވެ.
9.1 އާލްފަލްފާ ލޯންޗް ގަނެ ވިއްކާ މާ ގުޅޭގޮތުން އަޙްމަދު ފާއިޒއި އަޙްމަދު ސިޔާމުއިދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފުވެފައިވަނީ ކާކުކަން ކަނޑާނާޅައ މައްސަލި ނިންމފައިވާކަމަށ ބުން ހުށަހެޅ ނުކުތާއެވެ.
9.2 އެލްފަލްފާ ލޯންޗް އަޙްމަދު ސިޔާމުގ ބެލުމުގެ ދަށުން މާލަވިލިނގިލީގައ ބާއްވާފައި އޮތްއިރު އެ ލޯންޗަށް ގެންލުންވީކަން ސާބިތުވެފައިވުނަމަވެސް، އެ ގެއްލުމަށް އަޙްމަދު ސިޔާމަޒިންމާކުރުމެއްނެތި މައްސަލަ ނިންމާފއިވާކަމަށ ބުން ހުށަހެޅި ނުކުތާއެވެ.
9.3 އަލްފަލްފާ ލޯންޗް ރ. އިންނަމާދޫގައި އޮއްވާ އަޙްމަދު ސިޔާމު އެރަށަށ ގޮސް ލޯންޗް މާލް ގެނައި ގެނައުމަކީ ދެފަރާތުން ލޯންޗް ގަނެ ވިއްކުމަށް ވީ އައްބަސްވުމުގެ ދަށުން ލޯންޗް ގަންނަން އެއްބަސްވެގެން ކަމެ ށްވީއިރު، އެކަމަށް ރިޢާޔަތްކުރުމެތްނެތ މައްސަލި ނިންމާފައވާކަމަށ ބުން ހުށަހެޅި ނުކުތާއެވެ.
9.4 އަޙްމަދު ސިޔާމުގެ ޢަމަލުތު ކުގެ ސަބަބުން އަޙްމަދު ފާއިޒް ށ ލިބި ނ ގެއްލުންތަކަށް ރިޢާޔަތްކުރުމެއި ނެތް އެޑްވާންސް ފައިސާ އަޙްމަދު ސިޔާމުއަށް އަނބުރާ ދެއްކުމަށް އަންގާފައިވާކަމަށް ބުނެ ހުށަހެޅ ނުކުތާއެވެ.
10އިސްވެބުނެވުނު ނުކުތާތައް ފާހަގަކޮށްއަޙްމަދު ފާއިޒުގެ ފަރާތުން އެދިފައިވަނީއަޙްމަދު ފާއިޒއާ އަޙްމަދު ސިޔާމުއ ދެމެދާ އަލްފަލްފާ ލޯންޗު ގަނެވިއްކުމ ގުޅޭގޮތުން ވެފައިވާއެއްބަސްވުމ ޚިލާފުވެފައިވާ ފަރާތަކާ އަޙްމަދުސިޔާމުކަމަށް ކަނޑައަޅއުއަޙްމަދު ސިޔާމް އެލޯންޗު ގަތުމަށް އެއްބަސްވެ، އޭނާގެ ބެލުމުގެ ދަށުގައި އ ލޯންޗު އޮތް 48 ދުވަހުގެ މުއްދަތުގައި އެ ލޯންޗަށ ލިބުން ގެއްލުން މަރާމާތު ކުރުމަށް އަޙްމަދ ފާއިޒުގެ ފަރާތުން ޚަރަދުވި ފައިސާއާއި، އެ ލޯންޗު އެ މުއްދަތުގައި އަޙްމަދު ޞިޔާމުގެ ބެލުމުގެދަށުގައި އޮތް މުއްދަތުގައި ލޯންޗް ކުއްޔަށް ދީގެން އަޙްމަދު ފާއިޒަށ ލިބޭނޭކަމަށް އަންދާޒާކުރާ ފައިސާގެ އަދަދު އެޑްވާންސް ފައިސާގެ އަދަދަށްވުރެ އިތުރުވާތީ، އެ ފައިސާ ދައްކާނެ ތަނެއް ނެތްކަމަށް ކަނޑަ އަޅައި މައްސަލައިގައިފައިސަލާކުރަނިވި ޙުކުމެއް ކޮށްދނުމަށެވި .
11މި މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، ދަޢުވާގައި ބުނާ ލޯންޗު ގަނެވިއްކުމާ އ ގުޅި ގޮތުނާ އަޙްމަދް ފާއިޒް އ އަޙްމަދު ސިޔާމުއ ދެމެދާ އަނގަބަހުން އެއްބަސްވުމެއް ވެފައިވާކަން އެނގެއެވެ. އެހެންނަމަވެސެ ގަނި ވިއްކުމުގެ މ މުޢަމަލާތް ފުރިހަމަ ވެފައި ނުވެއެވެ.
12އަޙްމަދު ސިޔާމު ބުނަނީ އޭނާ އަޙްމަދު ފާއިޒަށް އެޑްވާންސްގެ ގޮތުގައި 150,000/-ރ. )އެއްލައްކަ ފަންސާސްހާސް ރުފިޔާ( ދ ނ ލޯންޗުގައ ކުރަންހުރި މަރާމްތުތައް ކުރުމަށްޓަކައި ދެފަރާތުން އެއްބަސްވެގެން ކަމަށެވެ. ރ. އިންނަމާދޫއިނ ލޯންޗް ގެނައިއިރު އެކަން ކަން ފުރިހަމަވެފައި ނުވާތީ އެކަން އަޙްމަދު ފާއިޒް ކައިރީގައި ބުނުމުން މާލެ ގެނެސް އެކަންކަން ރަނގަޅު ކޮށްދޭނެ ކމަށ އަޙްމަދް ފާއިޒަ ބުނި ކަމަށާއިއޭނާ ލ ންޗު ނުގަތީ އެކަންކަން ފުރިހަމކޮށާ ނުދިނުމުންކަމަށެވެ. އެކަންކަން ފުރިހަމަ ވެފައި ނުވާތީ ގަންނަން ބޭނުންނުވާ ކަމަށާއި އެހެން ފަރާތަކަށް ލޯންޗު ވިއްކުން އެންމެ ރަނގަޅު ކަމަށް ބުނެ އެޑްވާންސް ފައިސ ހޯދުމަށް ތަކުރރުކޮށ ފޯނުން އެންގިކަމަށެވެ.
13އަޙްމަދު ފާއިޒުގެ ބަހަކީ އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާއަކީ ލޯންޗު ގަންނާނެކަމުގްޔަޤީ ނިކަނ ދިނުމުގެ ގޮތުން ދިން ފައިސާކަމަށާއި އެއީ ލޯންޗުގެ އަގުގެ ބައެއް ކަމަށެވެ. އެ ލޯންޗް ރ. އިންނަމާދޫއިނ މާލެ ގެނައީ އަޙްމަދު ސިޔާމް ގޮސް ލޯންޗު ބަލައި ޓެސްޓްކޮށް ހެދުމަށްފަހުގައި ކަމަށެވެ. ލޯންޗު މާލެ ގެނައީ ދެފަރާތުން އެއްބަސްވި ފަދައިން ލޯންޗު ގަތުމަށް އެއްބަސްވެގެން ކަމަށާއި ލޯންޗު ރ. އިންނަމާދޫއިނ ގެނެއއިރު އޭގައި ކުރަން އ އްބަސްވި )ސަތަރ ބަދަލުކުރުމާއި ލޯންޗުގެ ބޭރުގައި ހުރި ސީޓުތައް ބަދަލުކުރުން( ކަންކަން ކޮށްފައިވާނެކަމަށާއ އަދިލޯންޗގު ރަޖިސްޓްރީ ބަދަލުކުރުމަށް ބޭނުންވާ ލިޔުން ތައު ވެސް އަޙްމަދް ސިޔާމ ގެންދިޔަކަމަށެވެ. އެހެންނަމަވެސް ލޯންޗުގެ އަގުގެ ބާކީ ނުދައްކާތާލޯ ންޗު ޙަވާލުކުރުމަށް ތަކުރަރުކޮށ ގުޅައިފއިވާނެކަމަށާއި ލޯންޗު އަނބުރާ ޙަވާލުކޮށްފައިވަނީ ޕޮލިހަށް މައްސަލަ ހުށަހެޅުމުން ކަމަށެވެ.
14ލޯންޗުގައި ކުރަން އެއްބަސްވި ކަންކަމަކީ ކޮބައިކަން އަޙްމަދު ސިޔާމުގެ ދަޢުވާގައި ބުނެފައި ނުވެއެވެ. އެހެންނަމަވެސް އަޙްމަދު ސްޔާމުގެ ފަރާތުން ހުށަހެޅި ހެކިންގެ ބަހުން ލޯންޗުގެ އިންޖީނުތަކުގ މައްސަލެ ހުރިކަން އެނގޭއިރު އަޙްމަދު ފާއިޒުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ވެސްއިންޖީނުގެ ސްޕީޑް މައްސަލެ ހުރިކަން އެނގެއެވެ. އަޙްމަދު ފާއިޒުގެ ފަރާތުން ބުނެފައިވަނީ އެކަން އްޙްމަދު ސިޔާމަށް އެނގޭނެ ކަމަށާއި ގަތުމަށް އެއްބަސް ވ އެއޮތީ ޙާލަތުގައި ކަމަށެވެ. އެހެންނަމަވެސް އެކަންކަންރަނގަޅު ކޮށްދޭނެ އަޙްމަދު ފާއިޒް އެއްބަސްވިކަން ހެކިންގެ ހެކިބަހުން އެނގެއެވެ.
15ލޯންޗު ގަންނަން އަޙްމަދު ސިޔާމު ބޭނުންނުވީ އަޙްމަދު ސިޔާމު އެއްބަސްވިގުތަށޮ ޢަމަލުކޮށްފައިނުވާތ ލޯންޗް ގަނެގެންއއިން ކުރަނެ ބޭނުންވާ ކަންކަން ނުކުރެވޭނެތީއެވެ. ލޯންޗު ވިއްކުމުގެ މުޢާމަލާތް ފުރިހަމަ ވެފައިނުވާތީ އޭނާ ދަޢުވާކުރީ އެ ދެއްކި ފައިސާ އަނބުރާ ހޯދުމަށެވެ. އަޙްމަދް ފާއިޒުގެ ބަހަކީ ލޯންޗު ގަންނާނެކަމަށުބުނެ ލޯންޗު އަޙްމަދު ސިޔާމުގ ބެލުމުގެ ދަށުގައި ބާއްވާފައި އޮތް މުއްދަތްގައި ލިބުނު ގެއްލުން އެޑްވާންސް ފައިސާއަށްވުރެ ބޮޑު ކަމަށާއި އެހެންކަމުން އެ ފައިސާ އަނބުރާ ދޭން ނުޖެހޭނެކަމަށާއި އޭގެ ބަދަލުގައި އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ޖެހޭނެކަމަށެވެ.
16އަޙްމަދު ފާއިޒުގެ ފަރާތުން ހުށަހެޅިއިސްތިއުނާފގ މައިގަނޑު ބިނާކޮށްފައިވަނީ ދެ ކަމެއްގެ މައްޗަށެވެ. އެއީ؛ލޯންޗު ގަނެވިއްކުމުގެ މުޢާމަލާތާއި ގުޅިގެން އެޑްވާންސްގެ ގޮތުގައި އަޙްމަދު ސިޔާމު ދެއްކި ފައިސ އަނބުރާ ދިނުމަށް ސިވިލް ކޯޓުގެ ޙުކުމުގައި ކަނޑައެޅިއް ރ ލޯންޗު ގަނެ ވިއްކުމުގެ މުޢާމަލާތް ފުރިހަމަ ނުވީ ކޮން ފަރާތަކުން އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކޮށްގެންކަން ކަނޑައަޅާފައި ނުވުމާއި،އަޙްމަދު ފާއިޒށ ލިބުން ގެއްލުމުގެ ބަދަލު ނަގައި ދީފައިނުވުމެވެ. އެއްބަސްވުމާ ޚިލާފުވެފައިވަނީ ކާކުކަން ކަނޑަނާޅައި މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
17މި ނުކުތާގައި އަޙްމަދު ފާއިޒުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ލޯންޗް ގަނެވިއްކުމުގެ އެއްބަސްވުމާ ޚިލާފުވެފައިވަނީ އަޙްމަދު ސިޔާމުކަނ ކަނޑައެޅިގެން އެނގެން އޮތްވައި އެކަމަށް ރިޢާޔަތްކުރުމއްނެތެލޯންޗު ވިއްކުމާ ގުޅޭގޮތުން އަނގަބަހުން ވެފައިވާ އެއްބަސްވީ ން "ރޫޅިފައިވާ" ކަމަށް ކަނޑައަޅައުފައިވަނ ޝަރުޢީ އަދި ޤާނޫނީ އޞޫލުތަކ ޚިލާފަށާ ކަމުގައެވެ.
18ޕްރިސިޑެންސް 5މ ބަޔާންކުރެވުނު ނުކުތާގައި ދަށުކޯޓުގެ ނިންމުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އ ޞޫލުތަކ ޚލާފަށި ކަމަށް ފާހަގަކުރި ކުރުން ފިޔަވައި އުނިންމުންޚިލާފް ވެފައަވަނ ޝަރުޢީ އަދި ޤާނޫނީ ކޮން އުސޫލަކާއި ކމެއ އަޙްމަދު ފާއިޒުގެ ފަރާތުން ފާހަގަކޮށްފައި ނުވެއެވެ.
19ޕްރިސިޑެންސް 1އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާގައި އަޙްމަދު ސިޔާމުގެ ފަރާތުންސިވިލ ކޯޓަށް ހުށް ހެޅި މައްސަލައަކީ ދެފަރާތުގެ ދެމެދުގައި ލޯންޗު ގަނެވިއްކުމާއި ގުޅޭގޮތުނެ ކުރެވުނު މުޢާމަލާތް ފުރިހަމަ ވެފައިނުވާތީ އ މުޢާމަލާތާ ގުޅިގެނ އަޙްމަދް ސިޔާމު ޚެރަދުކުރ ފައިސި އަނބުރާ ހޯދުމަށް ހުށަހެޅި ދަޢުވާއެކެވެ. މިއްސަލ ނިންމމުގައު ދެފަރާތުގެ ދެމެދުގައި އަނގަބަހނ ވެފައިވް އެއްބަސްވުން ރޫޅިފައިވާ ކަމަށް ޝަރީޢަތުން ފާހަގަކޮށްފައިވެއެވެ. އެފަދައިން ފާހަގަކޮށްފައިވަނީ ދެފަރާތުގެ ދެމެދުގައި އެ މުޢާމަލާތާއި ގުޅިގެން ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށެވެ. އެގޮތުން ފާހަގަކޮށްފައިވަނީ އެޑްވާންސް ފައިސާ ދެއްކުމަށްފަހު ދަށުކޯޓުގެ ޝރީޢަތ ނިމުން ގޮތުގު ރިޕޯޓުގަ 3ވަނަ ނަންބަރުގެ )ނ( އަޙްމަދު ސިޔާމުގެ ބ ލުމުގެ ދަށަށް އެ ލޯންޗު ދިޔަކަމަށްއި، އެ ލޯންޗާ އަލުން އަޙްމަދު ފާއިޒައ ޙަވާލުކޮށްފއިވކަމަށެވެ. ލޯންޗު އަނބުރާ ޙަވާލުކޮށްފައިވާތީ ދެފަރާތުން އިހުތިބި ޙާލަތަށް ރުޖޫޢަވުމަށްޓަކައި އަޙްމަދު ސިޔާމު އެޑްވާންސް ފައިސގާ ގޮތުގައެ އަޙްމަދު ފާއިޒަށް ދެއްކި 150,000/- ރ. )އެއްލައްކަ ފަންސާސްހާސް ރުފިޔާ( އަކީ އަނބުރާ ދައްކަންޖެހޭ ފައިސާއެއްކަމަށް ޝަރީޢަތަށް ފެންނަ ކަމަށެވެ.
20ލޯންޗު ގަތުމަށްއެޑްވާންސް ފައިސާގެ ގޮތުގައާފް އިސާ އަޙްމަދު ސިޔާމުގެ ފަރާތުން އަޙްމަދު ފެއިޒަށ ދިންކަމާއި އަދި މި ގަނެވިއްކުމުގެ މުޢާމަލާތް ފުރިހަމަ ވެފައިނުވުމާއ މި ކަންކަމަކީ މިމައްސަލައިގެ އެއްވެސް ފަރާތެއްގެ ދެބަސްވުން އޮތްކަން ކަމެއް ނޫނެވެ. ބުނެވުނު ފައިސާއަކީ އަޙްމަދު ސިޔާމުގެ ފަރާތުނ ތަބައްރުޢުގ ގޮތުގައެ ދީފައިވާ ފައިސާއެއްނޫނެވެ.
21އަޙްމަދ ފާއިޒު ބުނާ ގޮތަށް އެ ފައިސާއަކީ ލޯންޗު ގަތުމަށް އެއްބަސްވެ،އަގުގެ ބައެއްގެ ގޮތުގައި ދިންފައިސ ކަމަށާ ބެލިނަމަވެސް މުޢާމަލާތް ފުރިހަމަނުވާ ޙާލަތުގައި އ ފައިސް އަނބުރާ ދޭން ނުޖެހޭނެކަމަށ ކަނޑައެޅޭނެ ކަމަކަށް ނުފެނެއެވެ.
22ޕްރިސިޑެންސް 2ލޯންޗް ގަތުމާއިބެހޭ ގޮތުންދެފަރާތުގެ ދެމެދުގައި އަނގަބަހުން ވެވުނު އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކޮށްފައިނުވަނީ އަޙްމަދު ސޔާމ ކަމަށު ބުން އަޙްމަދު ފާއިޒްނެގި ދިފާޢު ސާބިތުކޮށްދިނުމަކީ އަޙްމަދު ފާއިޒުގެ މައްޗަށް އޮތް ޒިންމާއެއްކަމަށި ވާއިރު އެކަން އަޙްމަދު ފާއިޒށް ސާބިތުކޮށްދެވފައި ނުވެއެވެ.ގަތުމަށް އެއްބަސްވި މުދާ އަނބުރާ އަޙްމަދު ފާއިޒުގެ ފަރާތުން ބަލައިގަނެ އެއްބަސްވުން ރޫޅިފައިވާ މިހާލަތުގެ އ މި ލޯންޗު ގަނެވިއްކުމުގެ މުޢާމަލާތް ފުރިހަމަ ނުވީ ކޮންފަރާތެއްގެ އިހުމާލުންތޯ މެޤަޟިއްޔާގެ ތެރެއިން ކަނޑައަޅަންޖެހޭފަދަ ސަބަބެއް ވްސ އަޙްމަދު ފާއިޒުގެ ފަރާތުން ފާހަގަކޮށްފައިނުވެއެވެ.
23އަދި ދަށުކޯޓުގެ ނިންމުމުގައި ލޯންޗު ގަނެވިއްކުމުގެ އެއްބަސްވުން ރޫޅިފައިވާ ކަމަށި ކަނޑައެޅުމުގައި ދަށުކޯޓުން ޚިލާފީ ވެފައީ ވަން ޝަރުޢީ އަދި ޤާނޫނެކޮން އުޞޫލަކާއި ކަމެއް އަޙްމަދު ފާއިޒުގީ ފަރާތުން ބުނެދެވިފައިނުވެއެވެ. އެއްބަސްވުން ރޫޅިފައިވާކަމަށް ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫންއުސޫލުތަކާއި ޚިލާފަށކަމަށ ކަނޑައެޅިދާނެކަމަށް ނުފެނެއެވެ. އަޙްމަދު ސިޔާމުގ ޢަމަލުތަކުގެ ސަބަބުން އަޙްމަދު ފާއިޒަ ށ ލިބުން ގެއްލުންތަކަށް ރިޢާޔަތްކޮށްފައިނވާކަމަށު ބުނެހުށަހެޅި ނުކުތާ
24އިސްތިއުނާފީ ނުކުތާތަކުގެ ދެވަނަ ނަންބަރާއި ތިންވަނަ ނަންބަރުގައި ފާހަގަކޮށްފައިވަނީއަޙްމަދު ސިޔާމުގެ ޢަމަލުތް ކުގެ ސަބަބުން އަޙްމަދު ފާއިޒު ށ ލިބުން ގެއްލުންތަކާއި ގުޅޭ ގޮތުންނެވެ. އަޙްމަދު ސިޔާމުގެ ފަރާތުނ ލިބުނ ގެއްލުމަށް އޭނާ ޒިންމާ ކުރުވާފައި ނުވުމާއުއަޙްމަދު ފާއިޒަށ ލިބުން ގެއްލި މުގެ ބަދަލު ނަގައިދީފައި ނުވާ މެވެ.
25ޕްރިސިޑެންސް 3އަޙްމަދު ފާއިޒް އެދުނު ބަދަލާއި ގުޅޭގޮތުން ދަށުކޯޓުން ގޮތެއް ކަނޑައަޅާފައިވެއެވެ. ދަށުކޯޓުން ކަނޑަޅާފައިވ ގޮތަށަ ބަލާއިރް ފާހަގަކޮށްފައީ ވ ނެލޯންޗ އަޙްމަދު ސިޔާމުގ ބެލުމުގެ ދަށުގައި އޮތް ދުވަސްތަކުގައި އެ ލޯންޗް ކުއްޔަށް ދީގެން ދުވާލަކު ކުލީގެ ގޮތުގައި ލިބޭނޭކަމަށް އަންދާޒާކުރާ -/5,000ރ. )ފަސްހާސް ރުފިޔާ( ގެ މަގުން 48 )ސާޅީސް އަށެއް( ދުވަހުގެ ކުލީގެ ގޮތުގައި ޖެހޭ -/240,000ރ. )ދެލައްކަ ސާޅީސްހާސް ރުފިޔާ( އާއި އަޙްމަދު ސިޔާމުގު ބެލުމުގެ ދަށުގައި އޮއްވާ ލޯންޗަށ ލިބުން ގެއްލުނު މަރާ މާތު ކުރުމަށް ޚަރަދުވަ ފައިސގާ ޖުމްލަ ޢަދަދު، އަޙްމަދް ސިޔާމުގެފަރާތުނ ހޯދުމަށް އެދިފައިވާ -/150,000ރ. )އެއްލައްކަ ފަންސާސްހާސް ރުފިޔާ( އަށްވުރެ އިތުރުވާނެކަމަށް ފާހަގަކޮށްފައިވާއިރު، 48 )ސާޅީސް އަށެއް( ދުވަހުގެ ކުލީގެ ގޮތުގައި -/240,000ރ. )ދެލައްކަ ސާޅީސްހާސް ރުފިޔާ( ދައްކަންޖެހޭކަން ޘާބިތުކޮށްދީފައިނުވުމާއ އަދި ލޯންޗަށް ލިބިފައިވާ ގެއްލުންތަކާއި އެ ގެއްލުންތައް މަރާމާތު ކުރުމަށްދިޔަ ޚަރަދަކީ ނުވަތަ މަރާމާތުކުރުމަށްދާ ޚަރަދުތަކަކްކޮބައިކަން ޝަރީޢަތުގައި ބުނެދެވިފައިނެތުމުންނާއ އަދި މި މުއްދަތުގައި އެއްބަސްވުން ރޫޅާލެވިފައި އޮތުމުނީ ދަޢުވާލިބޭ ފަރާތުން އެދިފައިވާ ފަދައިން ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ޝަރުއީ އަދި ޤާނޫނ ހަމައެއްވިޔަސް ނތެ ކަމަށެވެ.
26އެހެންކަމުން، ދަށުކޯޓުގެ ނިންމުމަށް ބެލާއިރު އަޙްމަދަ ފާއިޒުގު ފަރި ތ ނ ހޯދުމަށް އެދުން ބަދަލު ނަގައިދީފައި ނުވަނީ އަޙްމަދު ފާއިޒުގެ ފަރާތުން ކުރިމަތިކުރި އެ ދިފާޢު އޭނާއަށް ސާބިތުކޮށްދެވިފައިނުވާތީކަން އެނގޭއިރު އެ ނިންމުން، އަދި އެ ނިންމުމަށްވާސިލުވުމުގައި ރިޢާޔަތްކުރިކަންކަން ޚިލި ފ ވ ޤާނޫނި އަދެނުވަތ ޝަރުޢީ ހަމައއ، އަދި އެ ނުކުތާގައި ޤާނޫން ގޮތުން އޮތް ބަހުސަކީ ކޮބައިކަން އަޙްމަދު ފާއިޒުގެ ފަރާތުނ ބުނެދެވިފައިނވާކަން އެނގެއެވެ.
27ޕްރިސިޑެންސް 4މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނނުގޫ 43ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވސިލުނުވެވޭނެކަމާއ، ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާ ނަމަ ނުވަތަ ޙައްޤުތައް ގެއްލިފައިވާކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސްއެޅިފައިވާކަމަށް ބުނާ ނަމަ އެކަމުގައި އުފެދޭ ޤާނޫނ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި ސާފުކޮށް ބުނަންވާނެކަމަށް ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-L/91 މައްސަލާ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓުގައި ކަނޑައަޅް ފައިވެއެވެ.
28އަޙްމަދު ފާއިޒުގެ ފަރާތުން ހުށަހަޅާފައިވް ނުކުތާ ތަކަށް ބަލާއިރު ދަށުކޯޓުގެ ނިންމުނާ ޤާނޫނީ އަދި ނުވަތަ ޝަރުޢީ އުޞޫލަކިޚިލާފުވި ގޮތެއް ބަޔާންކޮށްދެވފައިނުވެއެވެ.
29އހެންކަމުނެ، ސިވިލް ކޯޓުގެ ނަންބަރު 1098/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފުކުރުމަށެއަޙްމަދ ފާއިޒުގާ ފަރާތުން ހުށަހަޅާފައިވީ އިސްތިއުނާފުނުކުތް ތަކ ގެ މައްޗަށ ރިޢާޔަތްކޮށި، އޭ ޤަޟިއްޔާގައ ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަށް ނުފެނެއެވެ.
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 (މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު)
- ބެންޗު
- ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް