ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/207
އިބްރާހީމް ޢާޒިމް އަދި 6 މީހުން ވ. ފާޠިމަތު އިބްރާހީމް، 2021/HC-A/207
Ibrahim Aazim and 6 persons v. Fathimath Ibrahim 2021/HC-A/207 (2021/HC-A/207, High Court of the Maldives, 14 March 2022)
އިބްރާހީމް ޢާޒިމް އަދި 6 މީހުން ވ. ފާޠިމަތު އިބްރާހީމް
މައިގަނޑު ސުވާލު
ކުރީގެ ދެ ޙުކުމެއްގެ (1577/Cv-C/2016 އަދި 1261/Cv-C/2017) މައްޗަށް ބިނާކޮށް އެއްކޮށްލި ގޯތި ބައިކޮށް ބިން ޢައްޔަންކުރި ސިވިލް ކޯޓުގެ ޙުކުމަކީ ޞައްޙަ ނޫން އަސާސްތަކެއްގެ މައްޗަށް ނިންމި ޙުކުމެއްތޯ، އަދި ގޯތި ބައިކުރުމުގައި ޢަމަލުކުރާ އުޞޫލާ ޚިލާފުވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- އިސްތިއުނާފުކުރެވޭ ޙުކުމް ބިނާކޮށްފައިވާ ކުރީގެ ޙުކުމްތައް ޞައްޙަ ނޫންކަމަށް ބުނާ ނުކުތާ، އެ ކުރީގެ ޙުކުމްތައް ހައިކޯޓުން އިސްތިއުނާފުގައި ދަމަހައްޓާފައިވާ ޙާލަތުގައި ޤަބޫލެއް ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- އިސްތިއުނާފުގައި ދަށުކޯޓުން ޙުކުމްކުރުމުގައި ޤާނޫނީ ގޮތުން ހަދާފައިވާ ގޯހަކީ ކޮބައިކަން ބަޔާންކުރަން ޖެހޭއިރު، ހުށަހެޅުނު ދަޢުވާއާ އެއްގޮތަށް ޤާނޫނީ ހުރަހެއް ނެތިގެން ގޯތި ބައިކޮށްދީފައިވާ ޙާލަތުގައި އެފަދަ ގޯހެއް ދައްކާފައި ނުވާނަމަ، ޙުކުމަށް ބަދަލު ނުގެނެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- ގޯތި ބައިކުރުމުގައި، މިލްކުވެރިން އެއްބަސްވާ ކުރެހުން ނަމޫނާއަކަށް ބަލައި ކަމާބެހޭ އިދާރާއިން (މާލޭ ސިޓީ ކައުންސިލް) ފޮނުވާ ޗާޓާ އެއްގޮތަށް، ކަމާބެހޭ ފަރާތްތަކަށް ލިޔެ އެ ފަރާތްތަކުގެ އެނގުމާއި ފެނުމުގެ ތެރެއިން ބައިކުރުމަކީ މިފަދަ މައްސަލަތަކުގައި ޢަމަލުކުރާ ޢާންމު އުޞޫލާ އެއްގޮތްވާ ގޮތެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13-14)
ތާއީދުކުރއެވެ ).
1މިއީ، ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/1393 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި […] ވިލާ 3 2 1 / އިބްރާހީމް އާޒިމް، […] ވިލާ / ޞަފީނާޒް އިސްމާޢީލް، […] ވިލާ / މާޙު ޠަލްޢަތު، 5 4 […] ވިލާ / އިބްރާހީމް ނަބީލް، […] ޝާހާ އިސްމާޢީލް، […] ވިލާ ޙޫރުޝީދު 7 6 އިސްމާޢީލް، އަދި […] / އަޙްމަދު ފިރާޤް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތަކީ، […] ފާޠިމަތު އިބްރާހީމް އެވެ.
2އަލްމަރްޙޫމް އިސްމާޢީލް ޒަކަރިއްޔާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ 2000 އަކަފޫޓުގެ […] މާލެ ކިޔާ އަމިއްލަ / ބަންޑާރަ ގޯތި (ރަޖިސްޓަރީ ނަންބަރު: ބ.11753) އާއި 2000 އަކަފޫޓުގެ […] / މާލެ ކިޔާ އަމިއްލަ ބަންޑާރަ ގޯތި (ރަޖިސްޓަރީ ނަންބަރު :ބ.4578) އެއްކޮށްލުމަށ އެދް ހުށަހެޅި މައްސަލަ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1577 ޤަޟިއްޔާއިން ބަލައި އެ ދެ ބިން 4000 (ހަތަރު ހާސް) އަކަފޫޓްގެ ބިމެއްގެ ގޮތުގއަ ކަނޑައަޅައި، އެ ބިމުގެ 2000 (ދެހާސް) އަކަފޫޓް އަމިއްލަ ބިމެއްގެ ގޮތުގައި އަދި އަނެއް 2000 (ދެހާސް) އަކަފޫޓް ބަންޑާރަ ބިމެއްގެ ގޮތުގައި ކަނޑައަޅއަ 11 އޮކްޓޫބަރު 1620 ގައި ޙުކުމްކޮށްފައިވެއެވެ.
3[…] އަދި […] އެއްކޮށްލުމަށްފަހު އެ ގޭގެ ނަން "ހަވީރީފިނި" މި ނަމުގައި 20 ޑިސެމްބަރު 2016 ގައި ރަޖިސްޓަރީކޮށްދީފައިވަނިކޮށް "ހަވީރީފިނި" މިނަން "ފަތިހު ދާދި" އަށޯ " ބަދަލުކޮށްދިނުމަށް އެދި އިސްމާޢީލް ޒަކަރިއްޔާ ހުށަހެޅިއެވެ. އަދި އެ ހުށަހެޅުމާއި ގުޅިގެން އެފަދައިން އެ ގޭގެ ނަން "ފަތިހު ދޯދި" އަށް ބަދަލުކޮށް 20 ފެބުރުވަރީ 2017 ގައި އައު ރަޖިސްޓަރީ ހައްދާދީފައިވާކަން ނަން ބަރު ބ.18733 އައު ރަޖިސްޓްރީއިނ އެނގެން އޮވެއެވެ.
4އިސްމާޢީލް ޒަކަރިއްޔާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "މ.ފަތިހު ދާދި" ގެ ބިމުން 2000 (ދެހާސް) އަކަފޫޓުގެ ބިން އޭގެ 2 (ދޭއް) މަސްދުވަސް ފާހަ ނ 23 އޭޕްރީލް 2017 ގައި -/200,000ރ. (ދެލައްކަ) އަށް ފާޠިމަތު އިބްރާހީމްއަށް ވިއްކުމަށް ހުށަހެޅުމުން އެފަދައިން 27 ޑިސެންބަރު 2017 ވަނަ ދުވަހު ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1261 ޤަޟިއްޔާގައި ޙުކުމްކޮށްފައިވެއެވެ.
5ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1261 ޤަޟިއް ޔާއާއ ގުޅިގެނި "މ.ފަތިހު ދޯދި" ގެ ނަން އިހު އޮތް ގޮތަށް "ހަވީރީފިނި" މި ނަމަށް އަލުން ބަދަލުކޮށް، އެ ބިމުގެ 4000 (ހަތަރު ހާސް)އަކަފޫޓުގެ މިލްކުވެރިންނަކީ ފާޠިމަތު އިބްރާހީމް އާއި އިސްމާޢީލް ޒަކަރިއްޔާކަމަށް ބަޔާންކށޮ 15 މާރިޗް 2018 ގައި ނަންބަރު ބ.19298 ރަޖިސްޓަރީ ހައްދާދީފައިވެއެވެ.
6ފާޠިމަތު އިބްރާހީމްއަށް ވިއްކި ބިން ޢައްޔަންކުރަން ނުވަތަ ގޯތި ބައިކުރަން ހުށަހަޅާފައިވަނީ 52 މާރިޗު 2019 ވަނަ ދުވަހުއެވެ. އެގޮތުން، މުރަނގަމަގުނ ދެބަޔަށް ވަދެވޭގޮތަށް ގޯތީގެ އުތުރުން ދެކުނަށް ދަމާލެވޭ ރޮނގަކުނ ހަމައަށް ދެބައިކޮށް ހުޅަނގުފަރާތަށް އޮތް 2000 (ދެހާސް) އަކަފޫޓުގެ ބިމަކީ އަމިއްލަ ބިން ކަމަށް ހަދައި އެބައި ފާޠިމަތު އިބްރާހީމްއަށް ހަމަޖައްސައި އިރުމަތީ ފަރާތުގައި އޮތް 2000 (ދެހާސް) އަކަފޫޓުގެ ބިމަކީ ބަންޑާރަ ބިން ކަމަށް ހަދައި އެބައި އިސްމާޢީލް ޒަކަރިއްޔާއަށް ހަމަޖައްސައި އެ މީހަކަށް ހަމަޖެހުނު ބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދައު އެއްވެސް އަގުމަގުކޮށް ބަދަލު ހަމަޖެއްސުމެއ ނެތް އެ އެ މީހަކަށް މިލްކުވެގެންވާކަމަށް ކަނޑަ އަޅައި، އެގޮތުގެމަތީން ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/1393 ޤަޟިއްޔާގައ ޙުކުމްކޮށްފައިވެއެވެ.
7ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޞީޣާ ގައި ބުނެފައިވަނީ: "މ.ހަވީރީފިނި އެވެ ކިޔާ 4000 (ހަތަރުހާސް) އަކަފޫޓުގެ އަމިއްލަ ބަންޑާރަގޯތީގައި ހިމެނޭ އަމިއްލަކޮށްފައިވާ 2000 (ދެހާސް) އަކަފޫޓު ބިމުގެ މިލްކުވެރި ފަރާތަކީ އަޅުގަނޑު، ފާޠިމަތު އިބްރާހީމް (އައިޑީ ކަމަށް ކަނޑައަޅައި ޤަޟިއްޔާ ނަންބަރު C/2017-Cv/1261 އިން ހުކުމްކޮށްފައިވާތީ، މިގޯތި، މުރަނގަ މަގުގެ އުތުރުން ދެކުނަށް އެއްވަރަށް ބައިކޮށްދެއްވައި ގޯތީގެ އެންމެ ހުޅަނގަށް އޮންނަ 2000 (ދެހާސް) އަކަފޫޓު އަޅުގަނޑުގެ ނަމުގައި ރަޖިސްޓްރީ ކޮށްދެއްވުމަށް އެދެމެވެ." މި ފަދައިންކަނ އެނގެން އޮވެއެވެ.
8އަދި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: [ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި، ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، […] (ރަޖިސްޓްރީ ނަންބަރު: ބ.19298) އެވެކިޔާ 4000 (ހަތަރުހާސް) އަކަފޫޓުގެ އަމިއްލަ ބަންޑާރަ ގޯތީގެ ބިން ބައިކޮށްދިނުމަށ އެދް […] / މާލެ، ފާޠިމަތު އިބްރާހީމް (ދ.ރ. ހުށަހަޅާފައިވާ މި މައްސަލާގައި މި ގޯތި ބައިކުރުމުގައި ޤާނޫނީގޮތުން އެއްވެސް ހުރަހެއް އޮތްކަން އެނގެންނެތުމުން، ގޯތީގެ ބިން ބެހެނިވެރިންގެ މެދުގައި ބައިކުރުމަށް ބެހެނިވެރިން އެއްބަސްވެފައިވާ ކުރެހުން ނަމޫނާއަކަށ ބަލައިގެން މާލް ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރ B5/144/2019/246-425 (08 ޖުލައި 2019މ.) ސިޓީއާއެކު މިކޯޓަށް ފޮނުވާފައިވާ ޗާޓާއެއްގޮތަށް މުރަނގަމަގުނ ދެބަޔަށް ވަދެވޭގޮތަށް ގޯތީގެ އުތުރުން ދެކުނަށް ދަމާލެވޭ ރޮނގަކުނ ހަމައަށް ދެބައިކޮށް ހުޅަނގުފަރާތަށް އޮތް 2000 (ދެހާ ސ) އަކަފޫޓުގެ އަމިއްލަ ބިން […] / މާލެ، ފާޠިމަތު އިބްރާހީމް (ދ.ރ. އަށް ހަމަޖައްސައި، އަދި ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 7 ވަނަ ނަންބަރު އިރުމަތީ ފަރާތުގައި އޮތް 2000 (ދެހާސް) އަކަފޫޓުގެ ބަންޑާރަ ބިން […] / މާލެ، އިސްމާޢީލް ޒަކަރިއްޔާ (ދ.ރ. އަށް ހަމަޖައްސައި، އެމީހަކަށް ހަމަޖެހުނު ބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދައު އެމީހަކަށް މިލްކުވެގެންވާކަމުގައ ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
9ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/1393 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި […] ވިލާ / އިބްރާހީމް އާޒިމް، […] ވިލާ / ޞަފީނާޒް އިސްމާޢީލް، […] ވާހިރު ވިލާ / މާޙު ޠަލްޢަތު، […] ވިލާ / އިބްރާހީމް ނަބީލް، […] ވާހިރުވިލ ޝާހާ އިސްމާޢީލް، […] ވިލާ ޙޫރުޝީދު އިސްމާޢީލް، އަދި […] / އަޙްމަދު ފިރާޤް ގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.9 ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 21 ވަނަ މާ އްދާގައި، އެ ޤާނޫނުގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގައިވާ ގޮތުގެމަތިން ގޯއްޗެއް ވިއްކާލައިފިނަމަ، ނުވަތަ ދީފިނަމަ، އެ ގޯއްޗެއް ގަތްފަރާތަކަށް، ނުވަތަ ލިބުނު ފަރާތަކަށް، އެ ގޯތީގެ ރަޖިސްޓްރީއެއް، މާލޭގައިނަމަ މާލޭ މުނިސިޕަލްޓީން، ރާއްޖެތެރޭގައިނަމަ އެރަށެއްގެ ރަށުއޮފީހުން ހަދައިދޭންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1261 ޤަޟިއްޔާގެ ދަށުން "މ.ފަތިހު ދޯދި" އެވެ ކިޔާ 4000 އަކަފޫޓުގެ އަމިއްލަ/ބަންޑާރަ ބިމުގައިވާ 2000 އަކަފޫޓުގެ އަމިއްލަ ބިން ފާޠިމަތު އިބްރާހީމަށް ވިއްކލިކަމަށާ ކަނޑައެޅުމަށްފަހު، "މ.ފަތިހު ދޯދި" ގެ ނަން "މ.ހަވީރީފިނި" އަށް ބަދަލުކޮށް އެ 4000 އަކަފޫޓުގެ އަމިއްލަ/ބަންޑާރަ ބިން އިސްމާޢީލް ޒަކަރިއްޔާއާއި ފާޠިމަތު އިބްރާހީމްގެ ނަމުގައި އަލުން ރަޖިސްޓްރީކޮށްފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާއި ޚިލާފަށް ކަމާއި، އެ ރަޖިސްޓްރީގެ މައްޗަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/1393 ޤަޟިއްޔާއިން "މ.ހަވީރީފިނި" ކިޔާ 4000 އަކަފޫޓުގެ އަމިއްލަ/ބަންޑާރަ ގޯތި އަލުން ބައިކޮށް ޢައްޔަންކޮށްފައިވަނީ ޤާނޫނާއި އަދި މިފަދަ މުޢާމަލާތްތަކުގައި ޢަމަލުކުރާ އުޞޫލާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި
2.9 ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/1393 ޤަޟިއްޔާއި ން ކުރައްވާފައިވާ ޙުކުމް ބިނާކށްފައިވަނޮ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1577 ޤަޟިއްޔާއާއި ނަންބަރު C/2017-Cv/1261 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ ޞައްޙަ ނޫން އަސާސްތަކެއްގެ މައްޗަށްކަމުގައި ކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.
10އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ: "1. އިސްތިއުނާފުކޮށްފައިމިވާ މައްސަލާގައި ޝަރީޢަތުން ވަކިގޮތެއް ކަނޑައަޅުއްވަންދެނ ސިވިލް ކޯޓުގް ނަންބަރު C/2017-Cv/1261 ޤަޟިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 2019C/-Cv/1393 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާ ގުޅިގެން އަދި […] އަދި […] އާ ގުޅިގެނާ އެއްވެސް ފަރާތަކުން އެއްވެސް މުޢާމަލާތެއް ނުކުރުމަށާ އ، އިސްމާޢީލް ޒަކަރިއްޔާގެ ތަރިކަ ބެހުމަށް އެއްވެސް ކޯޓަކަށް އެއްވެސް މައްސަލައެއް ހުށަހެޅުނު ކަމުގައިވީނަމަވެސް، އެފަދަ ތަރިކަ މައްސަލައެއްގެ ތެރެއިން މި މައްސަލާގައި ތަޢުނުކުރެވިފައިވާ ބިމާގުޅޭ މައްސަލަ ނުބެލުމަށް ވަގުތީ އަމުރެއް ނެރުއްވައިދެއްވައި،
2. ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/1393 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމެވުމެއް ކަމުގައިނުވާތީ، އެ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ކަނޑައަޅުއްވައިދެއްވައި މައްސަލަ ނިންމަވައި ދެއްވުމެވެ." މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފު ފޯމުގެ 10 ވަނަ ނަންބަރު އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް
11އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ: "ސިވިލ ކޯޓުގް ނަންބަރު C/2019-Cv/1393 ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ޤާނޫނީ އަދި ޝަރުއީވިޔަސް ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވާ ދެއްވާ މައްސަލަ ނިންމަވާ ދެއްވުން. " މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ގޮތް
12ޕްރިސިޑެންސް 1އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/1393 ޤަޟިއްޔާއިން ކޮށފައިވް ޙުކުމް ބިނާކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1577 ޤަޟއްޔި އާއާ ނަންބަރު -Cv/1261 C/2017 ޤަޟިއްޔާއިން ކަނޑައަޅާ ފައިވާ ޞައްޙަ ނޫން އަސާސްތަކެއްގެ މައްޗަށްކަމަށް ބުނެ މައގަނޑި އިސްތިއުނާފީ ނުކުތާ ބިނާކޮށްފައިވާއިރު، ބުނެވިދިޔ ދެޤަޟިއްޔާ އ ސްތިއުނާފކުރުމުން މ ކޯޓުން ބެލުނު މި ކޯޓުގެ ނަންބަރު A/206-HC/2021 ޤަޟިއްޔާ އާއި މި ކޯޓުގެ ނަންބަރ A/208-HC/2021 ޤަޟިއްޔާގައި ސިވިލް ކޯޓުން އެ ދެޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނާނެތަނެއް ނެތްކަމަށް ކަނޑައަޅައި މި ކޯޓުން އެ ދެޤަޟިއްޔާގެ ޙުކުމްވެސް ދަމަހައްޓާފައިވާކަނ އެނގެން އޮންނައތުނޮ ފާހަގަކުރެވެއެވެ.
13ޕްރިސިޑެންސް 2ޕްރިސިޑެންސް 3[…] 4000 (ހަތަރުހާސް) އަކަފޫޓުގެ އަމިއްލަ ބަންޑާރަ ގޯތީގެ ބިން ބައިކޮށްދިނުމަށް އެދި […] / މާލެ، ފާޠިމަތު އިބްރާހީމް ހުށަހަޅާފައިވާކަން އެނގެންއޮވެއެވެ. އަދި އެ ހުށަހެޅުމާ އއްގޮތަށެ ގޯތި ބައިކުރުމުގައި ޤާނޫނީގޮތުން އެއްވެސް ހުރަހެއް އޮތްކަން އެނގެންނެތމުނު އެ ގޯތި ބައިކޮށްދީފައިވާކަން ދަށުކޯޓުގެ ޙުކުމުން އެނގެންއޮތްއިރު، ދަށު ކޯޓުން ޙުކުމްކުރުމުގައި ޤާނނޫ ގޮތުން ހަދާފައިވާ ގޯހަކީ ކޮބައިކަން އިސްތިއުނާފުގައި ބުނެދެވިފައި އޮތްކަމަކަށް އަހުރެންނުދެކެމެވެ. އަދި އެ ގޯތީގެ އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގެ 5 ވަނަ ނަންބަރު ބިން ބެހެނިވެރިންގެ މެދުގައި ބައިކުރުމަށް ބެހެނިވެރިން އެއްބަސްވެފައިވާ ކުރެހުން ނަމޫނާއަކަށް ބަލައިގެން މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރ B5/144/2019/246-425 (08 ޖުލައި 2019މ.) ސިޓީއާއެކު އެ ކޯޓަށް ފޮނުވާފައިވާ ޗާޓާއެއްގޮތަށް މުރަނގަމަގުނ ދެބަޔަށް ވަދެވޭގޮތަށް ގޯތީގެ އުތުރުން ދެކުނަށް ދަމާލެވޭ ރޮނގަކުނ ހަމައަށް ދެބައިކޮށް ހުޅަނގުފަރާތަށް އޮތް 2000 (ދެހާސް) އަކަފޫޓުގެ އަމިއްލަ ބިން […] ފ / މާލެ، ފާޠިމަތު އިބްރާހީމްއަށް ހަމަޖައްސައި، އަދި އިރުމަތީ ފަރާތުގައި އޮތް 2000 (ދެހާސް) އަކަފޫޓުގެ ބަންޑާރަ ބިން […] / މާލެ، އިސްމާޢީލް ޒަކަރިއްޔާއަށް ހަމަޖައްސައި، އެ މީހަކަށް ހަމަޖެހުނު ބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދައު އެމީހަކަށް މިލްކުވެގެންވާކަމުގައި ކނޑައަޅައަފައިވަނީ މިފަދަ މައްސަލަތަކުގައި ޢަމަލުކުރަމުން އަންނަ އާންމު އުސޫލާ އެއްގޮތަށް ކަމާބެހޭ ފަރާތްތަކަށް ލިޔެ އެ ފަރާތްތަކުގެ އެނގުމާއި ފެނުމުގެ ތެރެއިންކަން ސާފުކޮށް އެނގެން އޮތްކަން ފާހަގަކުރެވެއެވެ.
14އަދި ބިން ބައި ކުރުމުގެ މައްސަލަތަކުގައި ޢަމަލކުރ އުޞޫލާ ޚިލާފަށާ މި މައްސަލާގައި އެއްވެސް ކަމެއް ހިނގާފައިވާކަން އަހުރެންނަށް ފެނި ފާހަގަކުރެވިފައެއްނުވެއެވެ.
15އެހެންކަމުން، އިސްތިއުނާފުކުރި ފަރާތްތަކުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތް ކަމަކަށް ނުދެކެމެވެ.
- ހައިކޯޓުގެ 2021/HC-A/206 ޤަޟިއްޔާ
- ހައިކޯޓުގެ 2021/HC-A/208 ޤަޟިއްޔާ
- ބެންޗު
- ޙަސަން ޝަފީޢު، ޢަބްދުﷲ ޙަމީދު، ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް