ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/208
އިބްރާހީމް ޢާޒިމް އަދި 6 މީހުން ވ. ފާޠިމަތު އިބްރާހީމް، 2021/HC-A/208
Ibrahim Aazim and 6 persons v. Fathimath Ibrahim 2021/HC-A/208 (2021/HC-A/208, High Court of the Maldives, 20 March 2022)
އިބްރާހީމް ޢާޒިމް އަދި 6 މީހުން ވ. ފާޠިމަތު އިބްރާހީމް
މައިގަނޑު ސުވާލު
ބިމުގައިވާ ޢިމާރާތް އަގުކުރުމަކާ ނުލައި ބިން ވިއްކުމަކީ ބިމާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާ ޚިލާފު މުޢާމަލާތެއްތޯ؛ އަދި އަމިއްލަ/ބަންޑާރަ ގޯއްޗެއްގައިވާ އަމިއްލަ ބިން ޢައްޔަންނުކޮށް ވިއްކުމަކީ ޣަރަރު ހިމެނޭ ބާޠިލު މުޢާމަލާތެއްތޯ.
ނިންމި ގޮތް
ނިންމި ގޮތް ފައިލުގައި ނެތް (ފުރަތަމަ ދެ ނުކުތާ ބަލައިނުގަނެ)
ކަނޑައެޅުނު އުޞޫލުތައް
- ދިވެހިރާއްޖޭގައި ބިމާއި ގޯތި ވިއްކުމުގެ އެންމެހައި މުޢާމަލާތު ކުރަންވާނީ ބިމާބެހޭ ޤާނޫނާ އެއްގޮތަށެވެ؛ އެ ޤާނޫނު ފާސްވުމުގެ ކުރިން ހުރި އަމިއްލަ ބިމާއި ގޯތި ވިއްކަންވާނީ އެ ޤާނޫނުގެ 17 އާއި 18 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ބިމާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއަކީ ބިމުގައިވާ ޢިމާރާތް ބިމާ ވަކިކޮށް ވިއްކައިގެން ޓެކްސް ނުދައްކާ ބިމުގެ މަންފާ ލިބިގަތުން ހުއްޓުވުމަށް ތަޢާރުފުކުރި މާއްދާއެކެވެ؛ އޭގެ ޞަރީޙަ ޢިބާރާތުން މަނާކުރަނީ ބިމާނުލައި ޢިމާރާތް ވިއްކުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- ބިމާބެހޭ ޤާނޫނުގައި 'ބިން' މާނަކޮށްފައި ނުވީނަމަވެސް، 'ބިން' ގެ ތެރޭގައި ބިމުގައި ދާއިމަށް ހަރުކޮށްފައިވާ ތަކެއްޗާއި ޢިމާރާތްވެސް ހިމެނެއެވެ؛ ޤާނޫނުގެ 40 (ހ) އާއި 32 ވަނަ މާއްދާގެ އަލީގައި ޢާންމު އިފްތިރާޟަކީ ބިމާއި ޢިމާރާތް ވަކިނުވުމެވެ؛ ބިމުގެ މުޢާމަލާތެއްގައި ބިމާ ގުޅިފައިވާ ކުލީގެ ޙައްޤާއި ރަހުނު ޙައްޤާއި އިލްތިޒާމްތައް ބިމާއެކު ނަޤުލުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ބިން ގަނެވިއްކުމުގައި ބިމުގައިވާ ޢިމާރާތާއި ރުއްގަސް އަގުކޮށް މުޢާމަލާތުގައި ހިމެނުނުތޯ ބެލުން ކޯޓަށް ލާޒިމުކުރާ ޤާނޫނެއް ނެތުމުން، ވިއްކުމުގެ ފޯމުގައި ޢިމާރާތުގެ އަގު ނުހިމެނުމަކީ ބިމާއި ޢިމާރާތް ވަކިން ވިއްކި، 19 ވަނަ މާއްދާއާ ޚިލާފު މުޢާމަލާތެއްކަމަށް ބެލެވޭނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- މުޢާމަލާތެއްގައި ހިމެނޭ ޣަރަރު ފާހިޝް (ބޮޑު) ނަމަ މުޢާމަލާތް ބާޠިލުވެއެވެ؛ ނަމަވެސް ޣަރަރު ޔަސީރު (ކުޑަ) އަކީ މުޢާމަލާތަށް އަސަރު ނުކުރާ، ނުވަތަ ބައިވެރިންނަށް ރަނގަޅުކުރެވި މުޢާމަލާތް ޞައްޙަކުރެވިދާނެ ޣަރަރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- ބިން ހިއްކުމުގެ ސަބަބުން ދޫކުރެވުނު ބަންޑާރަ/އަމިއްލަ ގޯތިތަކުގައި އަމިއްލަ ބައި ޢައްޔަނުކުރުމަށް ޚާއްޞަ އުޞޫލެއް ނެތި، ވެރިފަރާތުގެ ޗާޓަށް ޢައްޔަންކުރެވެމުންދާ ޙާލަތުގައި، ވިއްކި އަމިއްލަ ބިން ޢައްޔަން ނުވުމުން އުފެދޭ ޣަރަރަކީ މުޢާމަލާތް void ކުރާ ޣަރަރެއް ނޫން، ބައިވެރިން ބޭނުންނަމަ ބާޠިލުކުރެވިދާނެ (voidable) އަދި ފަހުން ރަނގަޅުކުރެވިދާނެ ޣަރަރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26)
- ވިއްކި ބިން ފަހުން ދެފަރާތުގެ ދެމެދުގެ އެހެން ޤަޟިއްޔާއެއްގައި ޢައްޔަންކުރެވި ޣަރަރު ސާފުވެ، މުޢާމަލާތް ފުރިހަމަވެފައިވާނަމަ، ޣަރަރުގެ ސަބަބުން ވިއްކުމުގެ މުޢާމަލާތް ބާޠިލުކުރަން ނުޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27-28)
ތާއީދުކުރެއެވެ.
1މިއީ، ސިވިލް ކޯޓުގެ ނަންބަރު : 2017C/-Cv/1261 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތކަ ޚިލާފަށްކަމަށް ބުނެ […] ވިލާ، އިބްރާހީމް އާޒިމް، އާއި ޞަފީނާޒް އިސްމާޢީލް، އާއި މާހު ޠަލްޢަތު، އާއި އިބްރާހީމް ނަބީލް، އާއި ޝާހް އިސްމާޢީލް އާއި ޙޫރުޝީދު އިސްމާޢީލް އާއި […] އަޙްމަދު ފިރާޤގް ފަރާތުން އެމައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ […] / ފާޠިމަތު އިބްރާހީމް އެވެ.
3[…] ދޯދި އެވެކިޔާ (ރަޖިސްޓްރީ ނަންބަރު ބ.18733) 4000 (ހަތަރުހާސް) އަކަފޫޓުގެ އަމިއްލަ/ ބަންޑާރަ ގޯއްޗަކީ […] / މާލެ، އިސްމާޢީލް ޒަކަރިއްޔާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެކެވެ.
4[…] / މާލެ އިސްމާޢީލް ޒަކަރިއްޔާ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ […] ދޯދި އެވެކިޔާ (ރަޖިސްޓްރީ ނަންބަރު ބ.18733) 4000 (ހަތަރުހާސް) އަކަފޫޓުގެ އަމިއްލަ/ ބަންޑާރަގޯތީގައި ހިމެނޭ އަމިއްލަ 2000 (ދެހާސް) އަކަފޫޓުގެ ބިން -/000،200ރ. ( ދެލައްކަ ރުފިޔާ) ގެ އަގަށް […] މާލެ، ފާޠިމަތު އިބްރާހީމަށް ވިއްކުމަށާއި، ގަންނަ ފަރާތުން ގަތުމަށް އެއްބަސްވެފައިވާތީ، ގަނެ ވިއްކުމުގެ އަޤުދު ފުރިހަމަވެފައިވާތީ، ގަނެވިއްކުމުގެ އަޤުދު ފުރިހަމަވެފައިވާކަން ކޯޓުން ކަނޑައަޅައި ދިނުމަށްއެދި އިސްމާޢީލް ޒަކަރިއްޔާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވެއެވެ. އެއީ އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1261 ޤަޟިއްޔާއެވެ.
5ސިވިލް ކޯޓަށް ހުށަހެޅި ހުށަހެޅި ވިއްކުމުގެ މައްސަލަ ހުށަހަޅާ ފޯމުގައާއި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ބަޔާންތަކުގައި ވަނީ
1.5. 2000 (ދެހާސް) އަކަފޫޓުގެ އަމިއްލަ މި ބިން ވިއްކާލިނަމަވެސް އެ ގޯތީގެ ބާކީއޮތް 2000 (ދެހާސް) އަކަފޫޓުގެ ބައިގައި އިސްމާޢީލް ޒަކަރިއްޔާ ޝަރުޢީ ގޮތުން ބލަންޖެހިފަ އިވަ މީހުންނަށް ދިރިއުޅެވޭނީ ގޮތްހަމަޖެހިފައިވާކަމަށެވެ.
2.5. އިސްވެ ބުނެވުނު ގޯތީގައި ހިމެނޭ އަމިއްލަ 2000 (ދެހާސް) އަކަފޫޓުގެ ބިން -/000،200 (ދެލައްކަ ރުފިޔާ) ގެ އަގަށް […] /މާލެ ފާޠިމަތު އިބްރާހީމަށް ވިއްކުމަށް އެއްބަސްވެ، އެ ފައިސާ ދައްކާފައިވާކަމަށެވެ.
6ސިވިލް ކޯޓުގެ ނަންބަރު 7C/201-Cv/1261 ޤަޟިއްޔާ ނިންމާފައިވަނީ، އަންނަނިވި ފަދައިންނެވެ. " ދެންފަހެ، […] / މާލެ އިސްމާޢީލް ޒަކަރިއްޔާ (އައިޑީ ގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ […] ދޯދި އެވެކިޔާ (ރަޖިސްޓްރީ ނަންބަރު ބ.18733) 4000 (ހަތަރުހާސް) އަކަފޫޓުގެ އަމިއްލަ ބަންޑާރަގޯތީގައި ހިމެނޭ އަމިއްލަކޮށްފައިވާ 2000 (ދެހާސް) އަކަފޫޓުގެ ބިން -/000،200ރ. (ދެލައްކަ ރުފިޔާ) ގެ އަގަށް […] / މާލެ ފާޠިމަތު އިބްރާހީމް (އައިޑީ އށަ ވިއްކުމުން، މިއަގަށް ފާޠިމަތު އިބްރާހީމް ގަނެ، މި ވިޔަފާރީގެ އީޖާބާއި ޤަބޫލު ޝަރީޢަތުގެ މަޖިލީހުގައި ހިނގާ ނިމި، ވިޔަފާރި އަޤުދުކޮށް، މި ވިޔަފާރި ޞައްޙަކަމަށާއި، މިވިޔަފާރީގެ ސަބަބުން […] ދޯދި އެވެ ކިޔާ (ރަޖިސްޓްރީ ނަންބަރު ބ.18733) 4000 (ހަތަރުހާސް) އަކަފޫޓުގެ އަމިއްލަ ބަންޑާރަގޯތީގައި ހިމެނޭ އަމިއްލަ ކޮށްފައިވާ 2000 (ދެހާސް) އަކަފޫޓުގެ ބިމުގެ މިލްކުވެރި ފަރާތަކީ […] / މާލެ، ފާޠިމަތު އިބްރާހީމް (އައި.ޑީ. ކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
7ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1261 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ 27 ޑިސެންބަރު 2017 ގައެވެ. މި މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ފުރަތަމަ ހުށަހަޅާފައިވަނީ 23 ނވެންބަރޮ 2020 ގައެވެ.
8އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހެޅުމުން، އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ސަބަބަށާއ އަދި އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި މި މައްސަލައިގެ އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވެއެވެ.
9ހައިކޯޓުގެ މި ނިންމުން އިސްތިއުނާފުކުރާ ފަރާތްތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުނ އެ ޤަޟިއްޔާ ބަލައިގަތުމަށް އަންގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވަނީ މި މައްސަލައިގައި މި ކޯޓުން ބަލަންޖެހޭ ކަންތައްތަކަކީ (1) ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު އޮތް ގޮތުން ބިމުގައި ހުންނަ އިމާރާތާއ ވަކިން ބިމެއް ވިއްކިދާނެތޯ (2) ވިއްކަނީ ބަންޑާރަ/ އަމިއްލަ ބިމެއްގައި އޮތް އަމިއްލަ ބިމެއް ކަމަށްވާއިރު އަމިއްލަ ބިން އޮތްތަން ޢައްޔަންނުކޮށް ބިމުގެ މޢު މަލާތ ކޯޓުން ފުރިހަމަ ކުރިގޮތާ ކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތއަ
10ސިވިލް ކޯޓުގެ ނަންބަރު 7C/201-Cv/1261 ޤަޟިއްޔާގައި ޙުކުމްކުރުމާ ގުޅިގެން […] އިބްރާހީމް އާޒިމް، އާއި ޞަފީނާޒް އިސްމާޢީލް، އާއި މީހާ ޠަލްޢަތު، އާއި އިބްރާހީމް ނަބީލް، އާއި ޝާހް އިސްމާޢީލް އާއި ޙޫރުޝީދު އިސްމާޢީލް އާއި […] އަޙްމަދު ފިރާޤގް ފަރާތުން އެމައްސަލަ ހައިކޯޓުގެ ނަންބަރު 05/IH/2021 (NR )-HC އިސްތިއުނާފުކުރުމުގެ ހުއްދައަށް އެ ދ ހުށަހެޅި މައްސަލައާމެދު ނިންމިގޮތް. ސުޕްރީމް ކޯޓުގެ ނަންބަރު HCL/04-SC/2021 އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް. ދިވެހިރާއްޖޭގެ ހަ އިކޯޓުގައ އިސްތިއުނާފި ކުރމުނަ އަންނަނިވި ނުކުތތައާ ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައި ވެއެވެ. މިގޮތުން ހުށަހެޅި ނުކުތާތަކަކީ؛
1.10. ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 19ވަނަ މާއްދާގަ (ހ) ގައި އެއްވެސް ގޯއްޗެއް ނުވަތަ ބިމެއްގައިވާ ޢިމާރާތެއް، އެ ބިމާ ވަތްކަކުން ނުވިއްކޭނެކަމަށް ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1261 ޤަޟިއްޔާއިން ބެއްލެވި މައްސަލައިގެ ދޢަ ވާ ފޯމުގެ 7ވަނަ ނަންބަރަށާއި، އިސްމާޢީލް ޒަކަރިއްޔާއާއި ފާޠިމަތު އިބްރާހީމްގެ ފަރާތު ން ދީފައިވާ ބަޔާނަށާއި، އޭގެ ފަހުން ގޯތި ބައިކުރުމަށް އެދި ހުށަހެޅުމުން ބެލުނު ސިވިލް ކޯޓުގެ ނަންބަރު 2019C/-Cv/1393 ޤަޟިއްޔާގެ ޙުކުމަށް ބެލުމުން އިސްމާޢީލް ޒކަރިއްޔ އާއާ ފާޠިމަތަ އިބްރާހީމްގެ ދެމެދުގައި ހަޤީޤަތުގައި ހިނގާފައިވަނީ […] ދޯދި އެވެ ކިޔާ 4000 (ހަތަރުހާސް) އަކަފޫޓުގެ އަމިއްލަ / ބަންޑާރަ ބިމުގައި ހިމެނޭ އަމިއްލަ ބިން އެކަނި ވިއްކުމުގެ މުޢާމަލާތްކަމަށްވާއިރު، އެ މުޢާމަލާތަކީ ޞައްޙަ މުޢާމަލާތެއްކަމަށް ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1261 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނނޫ ގ 19ވަނަ މާއްދާގަ (ހ) އާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1.1.10. މިނުކުތާގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1261 ޤަޟިއްޔާއިން ބައްލަވާފައިވާ މައްސަލައިގައި ވިޔަފާރީގެ މުޢާމަލާތް ހިންގާފައިވާ ދެފަރާތް ކަމުގައިވާ އިސްމާޢީލް ޒަކަރިއްޔާއާއި ފާޠިމަތު އިބްރާހީމް އާ ދެމެދު ޢޤްދަ ޤާއިމްކޮށްފައިވަނީ ބިން ގަތުމަށް އެކަނި ކަމަށެވެ. އަދި އެ ޤަޟިއްޔާގެ ޙުކުމަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) އިން މަނާކޮށްފައިވާ ފަދައިން ބިމާއި ޢިމާރާތް ވަކިން މިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިސްލާހުކުރެވިފައި. ވިއްކާފައިވާ މުޢާމަލާތެއްކަމުން، އެއީ ޞައްޙަ މުޢާމަލާތެއް ކަމުގައިނުވާތީ، ސިވިލް ކޯޓުގެ C/2017-Cv/1261 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 19ވަނަ މާއްދާގަ (ހ) އާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ބުނެފައިވެއެވެ.
2.10. ސިވިލް ކޯޓުގެ ނަންބަރު 7C/201-Cv/1261 ޤަޟިއްޔާ އިން ބެއްލެވި މައްސަލައަކީ ގަނެ ވިއްކުމުގެ މުޢާމަލާތެއް ހިމެނޭ މައްސަލައެއްކަމަށްވާއިރު، އިސްލާމީ ފިޤުހުގެ މައްޗަށް ރިޢާޔަތްކުރާއިރު، "އެ މުޢާމަލާތަކުން ގަސްތު ކުރެވޭ ކަމެއްގައި ވަންހަނާކަމެއ ނުވަތް ޣަރަ ރެއ ހިމެން ކޮންމެ މުޢާމަލާތަކީ ބާޠިލް މުޢާމަލާތެއް " ކަން ފިޤުހީ ޤާއިދާއެއްކަމަށްވާ كل معاملة فيها غرر أو جهالة فيما يقصد فهي باطلة (ކުއްލު މުޢާމަލަތުން ފީހާ ޣރަރުނަ އަވް ޖަހާލަތުން ފީމާ ޔުޤްޞަދު، ފ ހިޔަ ބާޠިލަތުން) އިން އެނގެން އޮންނަ ހިނދު، ސިވިލް ކޯޓުން ނަންބަރު C/2017-Cv/1261 ޤަޟިއްޔާއިން ބެއްލެވި މައްސަލައިގައި ވިއްކާފައިވަނީ ކޮން ބިމެއްކަނ އެނގެން ނެތަތީ، އެ މުޢާމަލާތަކަކީ ވަންހަނާކަމެއް ނުވަތަ ޣަރަރެއ ހިމެން ބާޠިލް މުޢާމަލާތެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1.2.10. މި ނުކުތާގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވަނ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1577 ޤަޟިއްޔާއިން […] އެވާ ކިޔާ 2000 އަކަފޫޓުގެ އަމިއްލަ/ ބަންޑާރަ ގޯއްޗާއި […] އެވެ ކިޔާ 2000 އަކަފޫޓުގެ އަމިއްލަ/ބަންޑާރަ ގޯތި އެއްކޮށްލުމުން އެބިމުގެ 2/1 ބަންޑާރަ ބިމެއް ގޮތުގައި ކަނޑައަޅުއްވާ އަނެއް 2/1 އަމިއްލަ ބިމެއްގެ ގޮތުގައި ކަނޑައެޅުއްވިއިރު އަމިއްލަ ބިމަކީ ކޮބައިކަމާއި އަދި ބަންޑާރަ ބިމަކީ ކޮބައިކަން ކަނޑައަޅުއްވާފައި ނުވެއެވެ. އަދި އެއްވެސް ފަރާތަކުން ނޭދެނީސް ކޯޓުގެ އަމިއްލަ އިސްނެގުމަކަށް 2 ބިން އެއްކޮށްލުމަށްފަހު އެ ބިމުގެ ދެބައިކުޅަ އެއްބަޔަކީ އަމިއްލަ ބިންކަމާއި އަނެއް ދެބައިކުޅަ އެއްބަޔަކީ ބަންޑާރަ ބިންކަމަށް ކަނޑައަޅުއްވާފައިވަނީ ބިމުގެ ސަރަޙައްދު ވަކިކޮށްފައި އޮތް އޮތުމަށް އަސަރުކުރާ ފަދަ ގޮތަކަށް ކޯޓުގެ އަމިއްލަ އިސްނެގުމަށްކަމަށެވެ.
2.2.10. މީގެ އިތުރުން އެ ނުކުތާގައި ފާހަގަ ކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1261 ޤަޟިއްޔާއިން ވިއްކާލާފައިވަނީ […] ދޯދއެވެ ކިޔި 4000 އަކަފޫޓުގެ އަމިއްލަ/ބަންޑާރަ ގޯތީގައި ހިމެނޭ އަމިއްލަކޮށްފައިވާ 2000 އަކަފޫޓުކަމަށ ބަޔާންކުރުން ފިޔަވައި، ވިއްކާލި ބިމަކީ […] ދޯދިގެ ކޮން ސަރޙައްދެއްކަން، ކޮން އިމާރާތެއްކަމެއްވެސ ބިން ވިއްކި އަދި ބިން ގަތް ފަރާތުގެ އިތުރުން ސިވިލް ކޯޓުން އެނގިފައިނުވާކަމަށ ލިޔެކިޔުންތަކަށް ބެލުމުން އެނގޭކަމަށެވެ. އަދި ސިވިލް ކޯޓުގެ C/2017-Cv/1261 ޤަޟިއްޔާއިން ޞައްޙަކަމަށް ކަނޑައަޅުއްވާފައިވާ މުޢާމަލާތުގެ މަޙައްލު، ނުވަތަ ޖައުހަރީ ނުވަތަ matter subject ގައި ވަންހަނާކަމެއ ނުވަތް ޣަރަރެއް )Gharar( ހިމެނޭއިރު، އެއީ ފިޤުހީ ޤާއިދާކަމަށްވާ كل معاملة فيها غرر أو جهالة فيما يقصد فهي باطلة ދަށުން ބާޠިލް މުޢާމަލާތެއް ކަމަށެވެ.
3.10. ސިވިލް ކޯޓުން ނަންބަރު C/2017-Cv/1261 ޤަޟިއްޔާއިން ބެއްލެވި މައްސަލައިގެ ޙުކުމަ ކުރައްވާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1577 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ ޞައްޙަ އަސާސެއްގެ މައްޗަށް ކަމުގައިނުވާތީ، ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1261 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވ ޙުކުމަކާ ޞައްޙަ ޙުކުމެއް ކަމުގައިނުވާކަމަށ ބުން ހުށަހެޅި ނުކުތާއެވެ.
1.3.10. މީގެ އިތުރުން އެ ނުކުތާގައި ފާހަގަކޮށްފައިވަނީ،އަމިއްލަ ބިމާއި ބަންޑާރަ ބިމެއްގެ ބާވަތް އެއް ބިމުން އަނެއް ބިމަށް ބަދަލުކުރެވޭނެ އުޞޫލެއް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ކަނޑައަޅުއްވާފައިނުވާއިރު، ޖެހިޖެހިގެނ އޮންން އަމިއްލަ/ބަންޑާރަ 2 ބިމެއް އެއްކޮށްލުމަށް ހުށަހަޅާ މައްސަލައިގެ ތެރެއިން އެ ބިންތަކުގެ އަސްލާއި ބާވަތަށް ބަދަލު ގެނައުމަކީ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1577 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ ފަދައިން މައްސަލަ ހުށަހަޅާ ފަރާތުން ނޭދެނީސް އަދި ސަރުކާރުގެ ކަމާބެހޭ އެއްވެސް ފަރާތަކުން އެ ގޮތަށް ކަނޑަނާޅުއްވަނީސް އަދި ޤާނޫނާއި ގަވާއިދުގައި ބަޔާންކޮ ށްފައިވ އިޖުރާއަތާ ޚިލާފަށާ ކޯޓުގް އިސްނެގުމަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައާ ޢިމާރާތް އަގު ކުރުމަކާ ނުލައި ބިންވިއްކުން
11އިސްތިއުނާފ ފުރަތަމަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1261 ޤަޟިއްޔާގެ ޙުކުމަށް ބެލުމުން އިސްމާޢީލް ޒަ ކަރިއްޔ އާއާ ފާޠިމަތު އިބްރާހީމްގެ ދެމެދުގައި ހަޤީޤަތުގައި ހިނގާފައިވަނީ […] ދޯދި އެވެ ކިޔާ 4000 (ހަތަރުހާސް) އަކަ ފޫޓުގެ އަމިއްލަ / ބަންޑާރަ ބިމުގައި ހިމެނޭ އަމިއްލަ ބިން އެކަނި ވިއްކުމުގެ މުޢާމަލާތްކަމަށްވއިރު، އާ މުޢާމަލާތަކީ ޞައްޙަ މުޢާމަލާތެއްކަމަށް ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1261 ޤަ ޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 19ވަނަ މާއްދާގަ (ހ) އާއި ޚިލާފަށްކަމަށެވެ.
12ޕްރިސިޑެންސް 1ދިވެހިރާއްޖޭގައި ބިމާއި ގޯތި ވިއްކުމުގެ އެންމެހައި މުޢާމަލާތު ކުރަންވާނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނނޫ ފާސްވުމުގެ ކުރިން ހުރި އަމިއްލަ ބިންބިމާއި، ގޯތި، ވިއްކަންވާނީ އެ ޤާނނުގޫ 17ވަނަ މާއްދާއާއި 18ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ނެވެ. ޤާނޫނު ނަންބަރު 2002/1 ގެ 2 ވަނަ މާއްދާ، A/40-SC/2014 - ސުޕްރީމް ކޯޓު ގެނަސީމާ ޢަލީ ވ މޫސާ ޙަލީމް ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާ 2 ގެ (ށ) ޤާނޫނު ނަންބަރު 0220/1 ގެ 25 ވަނަ މާއްދާ، A/40-SC/2014 - ސުޕްރީމް ކޯޓު ގެނަސީމާ ޢަލީ ވ މޫސާ ޙަލީމް ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާ 2 ގެ (ނ)
13ބިން ވިއްކުމުގެ މުޢާމަލާތެއްގައި ފުރިހަމަވާންޖެހޭކަމަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނނޫ އާއު އެ ޤާނޫނުގެ 9 8 ދަށުން ހެދިފައިވާ ގަވާއިދު ގައި ޝަރުޠުތަކެއް ހިމެނިފައިވެއެވެ. މި އިސްތިއުނާފީ ނުކުތާ ބިނާވެގެންވަނީ މި ޝަރުތުތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނނޫ ގެ 19ވަނަ މާއްދާ (އެއްމެދު އިމާރާތުގެ ޤާނޫނުގެ ދަށުން އުވާލެވިފައި) ގައި ބަޔާންކުރާ ޝަރުޠާ ޚިލާފުވާކަމަށް ބުނެއެވެ. އެމާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ. ބިމާ ވަކިން އިމާރާތް ވިއްކުން އަދި ރަހުނު ކުރުން. 19 (ހ) އެއްވެސް ގޯއްޗެއް ނުވަތަ ބިމެއްގައިވާ އިމާރާތެއް، އެ ބިމާ ވަތްކަކުން ނުވިއްކޭނެއެވެ. އަދި، އެއްވެސް ގޯއްޗެއް ނުވަތަ ބިމެއްގައިވާ އިމާރާތެއް އެބިމާ ވަތްކަކުނ ރަހުނެއް ނުކުރެވޭނެއެވެ.
(ށ) އެއްމެދު އިމާރާތަކީ ވަކި ހައިސިއްޔަތެއް ލިބިގެންވާ އިމާރާތަކަށް ވުމާއެކު އެއްމެދު އިމާރާތާއި އިމާރާތުގެ ފްލެޓްތަކާ ގުޅޭގޮތުން ކުރާ މުއާމަލާތްތައް މި މާއްދާގެ (ހ) އިން އިސްތިސްނާވެގެންވެއެވެ
14މިމައްސަލައިގައި ހިމެނޭ ބިމުގެ މުޢާމަލާތް ހިނގާފައިވަނީ ޢިމާރާތާއި ވަކިން ކަން އެނގޭ ކންތައްތަކުގައަ އިސްތިއުނާފުކުރާ ފަރާތްތަކުން ދެކަމެއް ފާހަގަކުރެއެވެ. އެއީ
1.14. ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައި ޢިމާރާތުގެ އަގު ހިމަނާފައިނުވުން ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދު " 1 އޮކްޓޯބަރު 2008 އެޝަރުޠުތަކުގެ ތެރޭގައި ވިއްކުމުގެ މުޢާމަލާތު ޝަރީޢަތް މެދުވެރިކޮށް ހިންގުން، ގޯތި ވިއްކަންއެދޭ މީހާއާއި، އެމީހަކު ޝަރު ޢީ ގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވުން،(ނ) ގޯތި ގަންނަ ފަރާތަކީ، ދިވެހި ރައްޔިތަކު ކަމުގައިވުން . ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެކުންފުންޏެއްގެ ސަތޭކަ އިންސައްތަ ހިއްސާދާރުންނަކީ ދިވެހިން ކަމުގައި ހިމެނޭ ކުންފުންޏަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓިއަކަށް ވުން، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސަތޭކަ އިންސައްތަ ދިވެހިންގެ ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއްކަމުގައިވުން ހިމެނެއެވެ. ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1/2002) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 1 ވަނަ މާއްދާ- މިމާއްދާ ވަނީ ގާނޫނު ނަންބަރު 33-2021 އެއްމެދު ޢިމާރާތުގެ ޤާނޫނުގެ 124 ވަނަ މާއްދާއިން އުވާލެވފައި- އެއްމެދު އިމާރާތުގެ ޤާނޫނަށް އަމަލުކުރަނފްށާނީ 20 ޑިސެންބަރު 2021 އިން ފެށިގެން ތިން މަސް ފާއިތުވުމުން ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1261 ޤަޟިއްޔާގެ ދައުވާފޯމު
2.14. ގަނެވިއްކުމުގެ މުޢާމަލާތަށް ފަހު ބިމުގައިވާ ޢިމާރާތް އަގުކުރުމަކާ ނުލައި ޢައްޔަންކުރުމަށް އެދި ވަކިން މައްސަލައެއް ހުށަހަޅާފައިވުން
15މި ނުކުތާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރާ ކަމަކީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނނޫ ގެ 19ވަނަ މާއްދާގައި ބަޔާންކުރަނީ އިމާރާތް ބިމާ ވަކިން ނުވިއްކޭނެކަމަށް ކަމަށާއި ބިން އިމާރާތާއި ވަކިން ނުވިއްކޭނެކަމަށް ނުބުނާކަމަށެވެ.
16އެހެންކަމުން، މި އިސްތިއުނާފީ ނުކުތާގައި އުފެދިފައި ވ ޤާނޫނާ ސުވާލަކީ މި މާއްދާ އޮތް ގޮތުން ބިން/ ގތޮ އެ ބިމުގައިވާ އިމާރާތާއި ވަކިން ވިއްކިދާނެތޯއެވެ. ނުވަތަ ބިން ވިއްކާއިރު އެބިމުގައި ވާ އިމާރާތް އަގުމަގުކޮށް ވިއްކަންޖެހޭތޯއެވެ.
17ޕްރިސިޑެންސް 2ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ގެ 19ވަނަ މާއްދާއަކީ ބިމުގައިވާ ޢިމާރާތް ބިމާ ވަކިކޮށް ވިއްކައި، އޭރު ޢަމަލުކުރަމުން ދިޔަ ޤާނޫނީ އިޖުރާއަތުގެ ދަށުން ބިން ގަނެ ވިއްކުމުގެ މުޢާމަލާތަކާ ގުޅިގެން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ދެއްކުމަކާނުލައި ބިމުގެ މަންފާ ލިބިގަތުން ހުއްޓުވުމަށްޓަކައި ތަޢާރުފުކުރެވިފައިވާ މާއްދާއެއް ކަމުގައި ބެލެވެއެވެ. މި މާއްދާގެ ސަރހީ ޢިބާރާތުން މަނާކުރަނީ ބިމާ ނުލައި ޢިމާރާތް ވިއްކުމެވެ. ސުވާލަކީ މި މާއްދާ މިހެން އޮތްވައި ބިމެއް އެ ބިމުގައިވާ އިމާރާތަކާ ނުލައި ވިއްކިދާނެތޯއެވެ.
18ޕްރިސިޑެންސް 3"ބިން" ނުވަތަ "ގޯތި" މިލަފުޒު ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނ ނ ގައު މާނަކުރެވިފައިނުވެއެވެ. ގިނަ ޖޫރިސްޑިކްޝަންތަކުގައި، ލެޓިން މެކްޒިމ އެއް ކަމަށްވާ ”cedit solo ,solo plantatur quicquid" ގެ މައްޗަށް ބިނާކޮށް، "ބިން"ގެ ގޮތުގައި ބެލެވެނީ ބިމާއި އެބިމުގައި ދާއިމަށް ހަރުކޮށްފައި ހުންނަ ތަކެއްޗާއި ސިވިލް ކޯޓުގެ C/2019-Cv/1393 ޤަޟިއްޔާ ޤާނޫނު ނަންބަރު 2002/1 - 18 ވަނަ މާއްދާ - ޤާނޫނު ނަންބަރު 2019/25 ( އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ބަދަލު ކުރެވިފައި ޤާނޫނު ނަންބަރު 2002/1 18 ވަނަ މާއްދާ - ޤާ ނޫނު ނަންބަރު 2019/25 ( އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ބަދަލު ކުރެވިފައި ޢިމާރާތްވެސް ހިމެނޭ ގޮތަށެވެ. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނނޫ ގެ 40ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ އެހެން ފަރާތެއްގެ އެއްޗެއްކަން ޝަރީއަތަށ ސާބިތުވާފަދަ ލިޔުމެއްނެތި، އެކި ފަރާތް ފަރާތުގެ އަމިއްލަ ބިމުގައި، ނުވަތަ މީހަކަށް ނުވަތަ ފަރާތަކަށް ދޫކޮށްފައިވާ، ބަންޑާރަ ބިމެއްގައި ހުންނަ އިމާރާތާއި، ރުއްގަސް ފަދަ ބިމާ ގުޅިފައިވާ ތަކެއްޗަކީ، އެބިމުގެ ވެރިފަރާތުގެ ނުވަތަ އެއީ ބަންޑާރަ ބިމެއްނަމަ، އެބިމެއް ދޫކުރެވިފައިވާ ފަރާތުގެ ތަކެތިކަމަށެވެ. ހަމައެގޮތަށް، ދިވެހިރާއްޖޭގެ ބިމބެހާ ޤާނޫނުގެ 32ވަނަ މާއްދާގައި ބަޔާންކުރަނީ އެއްމެދު އިމާރާތެއްގައިވާ ފުލެޓެއްގެ މިލްކުވެރިޔަކު ކަމުގައި ހިމެނޭ ކޮންމެ މީހަކު، އެ އިމާރާތެއް ބިނާކޮށްފައިވާ ގޯތީގެ ވެރިޔެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭނެކަމަށެވެ. އެހެންކަމުން، ދިވެހިރާއްޖޭގައި ބިމބެހާ ޤާނޫނު އޮތް ގޮތުން، ޢާންމު އިފްތިރާޟަކީ ބިމާއި މާރާތާއި ވަކިނުވުމެވެ. ބިމުގެ މުޢާމަލާތެއް ހިނގާއިރު ޢާންމު އުސޫލުން ބަލަނީ އެ ބިމާ ގުޅިފައިވާ ކުލީގެ ޙައްޤާއި ރަހުނު ޙައްޤާއި އިލްތިޒާމްތަކާއި ޙައްޤުތައް އެ ބިމާ އެކީ ނަޤުލުވުމެވެ.
19ޕްރިސިޑެންސް 4ޒަމާނުއްސުރެ ރާއްޖޭގައި ޢަމަލުކުރަމުން އަންނަ އުސޫލަކީ ބިން ގަނެވިއްކުމުގެ މުޢާމަލާތެއް ކުރާނަމަ ބިމުގެ އަގާއި ބިމުގެ އިންތަކާއި މިންތައް ދަނެގަނެ ޤާނޫނުން ލާޒިމްކޮށްފައިވާ ކަންތައްތައް ފުރިހަމަ ވޭތޯ ބެލުމެވެ. ވިއްކާ ބިމުގައި ހުރި ޢިމާރާތާއި ރުއްގަސް އަގުމަގުކޮށް އެ ތަކެތި ބިން ގަނެވިއްކުމުގެ މުޢާމަލާތުގައި ހިމެނު ތ ބެލުން ޝަރީޢަތަށް ލާޒިމުކުރާ އެއްވެސް ގާނޫނެއ ގަވާއިދެއް އޮތްކަން އެނގެން ނެތެވެ. އެހެންކަމުން، ގަނެ ވިއްކަން އެދި ހުށަހެޅި ފޯމުގައި ބިމުގައި ހުރި ޢިމާރާތުގެ އަގެއް ހިމެނިފައނި ވުމަކީ ބިމާ ޢިމާރާތް ވަކިން ވިއްކީކަމުގައި ބަލައި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 19ވަނަ މާއްދާއާ ޚިލާފު މުޢާމަލތެއާ ކަމުގައި ބެލެވިދާނެކަމުގައި ނުދެކެމެވެ. ސުޕްރީމް ކޯޓުގެ މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޡިމާ އަދި އިތުރު 3 ފަރާތެއް A/10-SC/2018 ޤަ ޟިއްޔާގައި ފާހަގަ ކުރައްވާފައިވަނީ "ބިމަކާއި ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ޤާއިމުކުރެވޭ ކުލީގެ ޙައްޤާއި ރަހުނުގެ ޙައްޤާއި ކޯޓުތަކުން ޤަބޫލުކުރާ ލިއެންގެ ޙައްޤަކީ މދަލުގު މައްޗަށް އުފެދޭ ޙައްޤުތަކެއް ކަމުގައިވާތީވެ، އެކަކުގެ ކިބައިން އަނެކަކަށް ބިން ނަޤުލުވާނީ ބިމާގުޅިފައިވާ ކުލީގެ އިލްތިޒާމްތަކާއި ރަހުނުގެ އިލްތިޒާމްތަކާއި ލިއެންގެ އިލްތިޒާމްތަކާއި އެކުގައެވެ". ގަނެވިއްކުމުގެ މުޢާމަލާތަކަކީ ވަންހަނާކަމެއ ނުވަތް ޣަރަރެއ ހިމެން ބާޠިލް މުޢާމަލާތއްކަމަށް ބުނެ ނ
20އިސްތިއުނާފުކުރެވިފައި މިވާ ޤަޟިއްޔާއިން ބލެ މައްސަލައަކީ ގަނެ ވިއްކުމުގެ މުޢާމަލާތއެ ހިމެނޭ މައްސަލައަކަށްވާއިރު، އިސްލާމީ ފިޤުހުގެ މައްޗަށް ރިޢާޔަތްކުރާއިރު، "އެމުޢާމަލާތަކުން ގސްތަ ކުރެވޭ ކަމެއްގައި ވަންހަނާކަމެއ ނުވަތް ޣަރަރެއ ހިމެން ކޮންމެ މުޢަމަލާތަކީ ބާޠިލް މުޢަމަލާތެއް" ކަން ފިޤްޙީ ޤާއިދާއެއް ކަމުގައިވާ كل معاملة فيها غرر أو جهالة فيما يقصد فهي باطلة (ކުއްލު މުޢާމަލތުނާ ފީހާ ޣަރަރުން އަވް ޖަހަލާތުން ފީމާ ޔުޤްޞަދު، ފ ހިޔަ ބާޠިލަތުން) އިން އެނގެން އޮންނާތީ، އިސްތިއުނާފކުރެވިފައި މިވ ޤަޟިއްޔާއިން ބެއްލެވި މައްސަލާގައި ވިއްކާފައިވަނީ ކޮން ބިމެއްކަން އެނގެން ނެތަތީ، އެ މުޢާމަލާތު ކ ވަންހަނާކަމެއ ނުވަތް ޣަރަރެއ ހިމެން ބާޠިލް މުޢމާލާތެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.
21މި ނުކުތާގެ ތަފްސީލު އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ، ވިޔަފާރީގެ ޞައްޙަ މުޢާމަލާތެއަ ގައި ފުރިހަމަ ވާންޖެހޭ 4 ރުކުނެއް ޢިލްމުވެރިން ބަޔާންކުރައްވާފައިވާކަމަށާއި، އެއީ ހުށަހެޅުމާއި ބަލައިގަތުން، ޢަޤުދުގެ ބައިވެރިން، ވިއްކާ މުދާ އަދި އަގު ކަމަށާއި، އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި ވިއްކާފައިވާ ބިން އައްޔަންކުރެވިފައިނުވާނަމަ، ބެލެވޭނީ އޭގެ ސަބަބުން ދެ ފަރާތުގެ ދެމެދުގައި ބޮޑެތި މައްސަލަތައް ޖެހިދާނެފަދަ ވަންހަނާކަމުގެ ތެރޭގައި ހިމެނޭ ބޮޑު ވަންހަނާ ކަމެއް ނުވަތަ ޣަރަރެއް ކަމަށެވެ. އެހެންކަމުން މ މުޢާމަލާތަކީ ބާޠިލް މުޢާމަލާތެއް ކަމުގައި ބަލަންޖެހޭ ކަމަށެވެ.
22ޕްރިސިޑެންސް 5ގަނެވިއްކުމުގެ މުޢާމަލާތަކގު އ ވަންހަނާކަމެއ ނުވަތް ޣަރަރެއް ހިމެނުމުން އެމުޢާމަލާތަކަށ ކުރް އަސަރަކީ ފުޅާ ދާއިރާއެއްގައި ޢިލްމުވެރިންގެ މެދުގައި ބަހުޘުކުރެވި އުސޫލުތައް ކަނޑައެޅިފައިވާ ފިޤްހީ މަފްހޫމެކެވެ. ގިނަ ޢިލްމުވެރިން، ޣަރަރު މާނަކުރަނީ ގަނެވިއްކާ މުޢާމަލާތުގައި ހިމެނޭ މުދާ ވުޖޫދުގައިވާ ކަމާއި މެދު އުފެދޭ ޝައްކާއި އަދި އެމުދަލުގެ މުހިއްމު ސިފަތަކ މެދާ އުފެދޭ ޝައްކުވެސ ހިމެން ގޮތުގެ މަތިންނެވެ. ޣރަރައްގެ IIUM Law Journal, Vol. 7, no. 2 (1999), pp 1-21. Muhammad Hashim Kamali, Uncertainty and Risk Taking (Gharar) in Islamic Law ސަބަބުން މުޢާމަލާތަށް އަސަރުކުރާ ގޮތް އެ ޣަރަރުގެ ބާވަތަށް ބަލައި ޢިލްމުވެރިން ތަފާތު ކުރެއެވެ. މިގޮތުން ޣަރަރުގެ ތެރޭގައި ޣަރަރު ފާހިޝް (ބޮޑެތި)އާއި ޣަރަރު ޔަސރީ (ކުދި) ހިމެނެއެވެ. ޣަރަރު ފާހިޝްގެ ސަބަބުން މުޢާމަލާތް ބާޠިލްވެގެން ދެއެވެ. އެހެންނަމަވެސް ޣަރރަ ޔަސރަކީ ބައެއް ފަހަރު އޭގެ ސަބަބުނ މުޢާމަލާތަށް އަސަރެއް ނުކުރާ ނުވަތަ އަސަރު ކުރިއަސ އެކަން ރަނގަޅު ކުރުމުގެ ފުރުސަތު މުޢާމަލާތުގެ ބައިވެރިންނަށް ލިބި މުޢާމަލާތް ސައހް ކުރެވިދާނެ ފަދަ ޣަރަރުތަކެވެ.
23މިއުސޫލުތައް މިމައްސަލައަށް ތަޠްބީޤުކުރަން ބަލާއިރު، މިމައްސަލައިގައި ޣަރަރެއް އުފެދި ފައިވާ ކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކުރަނީ ގަނެވިއްކި ބިން ޢައްޔަނުކުރެވިފައިނުވުމެވެ . އަމިއްލަ/ބަންޑާރަ ގޯއްޗެއްގައި ހިމެނޭ އަމިއްލަ ބިން ވިއްކި އިރު، މުޅި ގޯތިން އަމިއްލަ ބިމަކީ ކޮބައިކަން އެނގެން ނެތުމުން ވިއްކި ބިން އޮތް ތަނާ މެދު އުފެދޭ ސުވާލަކީ އޭގެ ސަބަބުން މުޢާމަލަތަށް އަސަރުކުރުވަނިވި ސާފުނުވުމެކެވެ. ދެން އުފެދޭ ސުވާލަކީ ވިއްކި ބިން ޢައްޔަނުވެފައި ނުވުމަކީ މުޅި މުޢާމަލާތް ބާޠިލްކުރުވަނިވި ފާހިޝް ޣަރަރެއް ތޯއެވެ. ނުވަތަ މިއީ ރަނގަޅުކުރެވިދާނެ ޣަރަރެއްތޯއެވެ.
24މި ބިމުގެ އަސްލަށް ބަލާއިރު، […] ދޯދިއެވެ ކިޔުނު ބިމަކީ […] ފިނއެވެ ކިޔުނު ގޯއްޗާއި […] އުފާއެވެ ކިޔާ ދެ ގޯތި އެއްކުރުމަށްފަހު ފަހުން ހަދާފައިވާ ގޯތީގެ ރަޖިސްޓަރީއެކެވެ. ބިން އެއްކުރުމުގެ ކުރީގެ ރަޖިސްޓަރީތަކަށް ބަލާއިރު، މި ދެ ގޯއްޗަކީވެސ މާލް ދެކުނު ފަރާތުން ބިން ހިއްކުމުގެ ސަބަބުން ހިއްކި ފަރާތަށް އެ ހިއްކި ބިމުގެ ދެބައި ކުޅަ އެއްބައި އަމިއްލަ ވާގޮތަށް އަދި އަނެއް ބައި ބަންޑާރަބިމުގެ އިސްވެ ބުނެވުނު ޙަވާލާ . -Contracting with Gharar (Uncertainty) in Forward Contract: What Does Islam Says? Asian Social Science; Vol. 10, No. 15; 2014 - conclusion A contract containing the element of gharar has different laws. The Islamic scholars unanimously stipulate that contracts with the element of gharar fahish are voidable while contracts that have the element of gharar yasir are not voidable. - ނަންބަރު ބ.18733 ރަޖިސްޓަރީގެ އިތުރު ބަޔާން ގޮތުގައި ޙަވާލުކުރެވިފައިވާ އިންވެގެން އޮތް ދެބިމެވެ. ދައުލަތަށް ވަކި އަގެއް އަދާކޮށްގެން ބިމުގެ ބައެއް ވަކިން އަމިއްލަ ކޮށްފައިވަނީ އެއް ނޫނެވެ. ބިން އެއްކުރުމުގ ކުރީގެ ރަޖިސްޓަރީތަކަށް ބަލާއިރު، […] އުފާ އެވެ ކިޔުނު ރަޖިސްޓަރީގައި އަމިއްލަ ބަޔަކީ ކޮބައިކަން އެނގެން އޮތް އިރު […] ފިނި އެވެ ކިޔުނު ރަޖިސްޓަރީގައި އަމިއްލަ ބިން ވަކިކޮށްފައިނުވެއެވެ. އެހެންކަމުން އެންމެ ފުރަތަމަ ބިން ޙަވާލުވީ ވެސް އަމިއްލަ ބިމާއި ބަންޑާރަ ބިން ވަކިވާ ގޮތަކަށް ނޫނެވެ. ބިމުން ކޮންމެވެސް އެއް 1000 (އެއްހާސް) އަކަފޫޓަކީ އަމިއްލަ ބިމެވެ. އަދި މި ދެ ގޯތި އެއްކޮށް ހަދާދީފައިވާ […] ދޯދި ގޯތީގެ ރަޖިސްޓަރީގައި ވެސް އަމިއްލަ ބިމާއި ބަންޑާރަ ބިމަކީ ކޮބައިކަން ވަކިން އެނގެން ނެތެވެ. މި ގޮތަށް ހުންނަ ބަންޑާރަ އަމިއްލަ ގޯތީގައި ހުންނަ އަމިއްލަ ގޯތި އައްޔަނުކުރުމުގައ ޢަމަލުކުރި ވަކި އުސޫލެއް އޮވޭތޯ މި ކޯޓުގެ ފަރާތުން ބިމުގެ ނ ޡރަށި 26 25 ލިޔުމުން އަންގާފައިވަނީ އެފަދައިން ޢައްޔަނުކުރެވޭ ވަކި ގަވާއިދެއް ނެތް ކަމަށެވެ. އަދި މިކަން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުން ވެސް އެނގެއެވެ.
25މުޅި މި މުޢާމަލާތަށް ބަލާއިރު، ވިއްކި އަމިއްލަ ބިން ވުޖޫދުގައިވާކަމާއި ވިއްކަނީ އަމިއްލަ ބިން ކަމާއި ބިމުގެ ޖުމުލަ ބޮޑު މިނަކީ މެދާ ސުވާލެއް ނެތެވެ. ބިމުން ދެބައި ކުޅަ އެއްބައި އަމިއްލަ ވެފައިވަނީ އެބިމަށް ވަކި އަގެއް ދައުލަތަށް ދައްކާ ބިން އަމިއްލަ ކުރުމުގެ ތެރެއިންނެއް ނޫނެވެ. މިގޮތަށް ބިން ހިއްކުމުގެ ސަބަބުން ދޫކުރެވިފައިވާ ބަންޑާރަ/އަމިއްލަ ގޯތިތައް ޙަވާލުކުރުމުގައިވެސް އަމިއްލަ ބިން ވަކިކޮށްފައި ނުހުންނަ ކަން ގޯތީގެ ރަޖިސްޓަރީން އެނގެއެވެ. އަދި މި ބާވަތުގެ ބިންތަކ ގުޅިގެނާ ޢަމަލުކުރެވޭ އުސޫލު ތަކަށް ބަލާއިރުވެސް މި ފަދަ ބިންތައް ގޯތީގެ ވެރިފަރާތުން ހުށަހަޅާ ޗާޓަކީ އެއްގޮތްވާ ގޮތުގެ މަތިން ޢައްޔަނުކުރެވޭކަން އެނގެއެވެ. ނަންބަރ ބ.11735 ރަޖި ސްޓްރަރީގެ އިތުރު ބަޔާން އާއި ނަންބަރު ބ.4578 ރަޖިސްޓަރީގެ އިތުރު ބަޔާން މިކޯޓުގެ ނަންބަރު B9/471/2021/1-95 ސިޓީ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާރސްޓްރަކްޗަރ އިން 29 ޑިސެމްބަރު 2021 ފޮނުވި މެއިލް.
26ޕްރިސިޑެންސް 6ވުމާއެކު، ބިން ހިއްކުމުގެ ސަބަބުން ދޫކުރެވިފައ ހުރި ބަންޑާރަ އަމިއްލަ ގޯތި ތަކުގައި ހިމެނޭ އަމިއްލަ ބިން ގޯތި ޙަވާލުކުރާއިރު ޢައްޔަނނު ކުރެވު ވި ހާލަތްތަކުގައި ބިން ޢައްޔަނުކުރުމަށް ޚާއްސަ އުސޫލެއް ނެތުމުންނާއި ބިމުގެ ވެރިފަރާތުން ހުށަހަޅާ ޗާޓަކާ އެއްގޮތަށް އަމިއްލަ ބިން ޢައްޔަނުކުރވެމުންދާކަން އެނގެން އޮންނާތީ، މި މުޢާމަލާތުގައި ބިން ޢައްޔަނުކުރުމެއް ނެތުމުގެ ސަބަބުން އުފެދޭ ޣަރަރަކީ އެ ޣަރަރުގެ ސަބަ ބުން މުޅި މުޢާމަލާތް ބާޠިލްވުމުގެ ) void( ބަދަލުގައި އެ މުޢާމަލާތުގެ ބައިވެރިން ބޭނުންވާނަމަ މުޢާމަލާތް ބާޠިލްކުރެވިދާނެ )voidable( ޣަރަރެއް ކަމުގައި ދެކެމެވެ. ބިން ޢައްޔަނުވެފައިނުވުމުގެ ސަބަބުން އުފެދޭ ޣަރަރަކީ މުޢާމަލާތުގެ ބައިވެރިންނަށް ފަހުން ރަނގަޅުކުރެވިދާ ފަދަ ޣަރަރެއްކަމުގައި ބެލެވެއެވެ.
27ޕްރިސިޑެންސް 7މި މައްސަލައިގައި ވިއްކާލި ބިން ވިއްކިފައިވަނީ ބަންޑާރަ ގޯތި /އަމިއްލަ ގޯތި ޢައްޔަނުވުމުގެ ކުރިން ކަމުގައިވީނަމަވެސް މައްސަލައިގައި ބިން ގަތް މީހާއާއި ވިއްކި މީހާއާ ދެ މީހުންގެ މެދުގައި ހިންގި އެހެން ޤަޟިއްޔއެއްގައާ ބިން ޢައްޔަނުކޮށް ގަނެ ވިއްކުނު ބިން ޢައްޔަނުކުރެވފައިވާކަން ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.
28އެހެންކަމުން، ބިން ޢައްޔަނުކުރުމެއ ނެތް ވިއްކުމުގެ މުޢާމަލާތް ހިންގިފައިވާ ތ އުފެދޭ ކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކުރާ ޣަރަރު ސާފުކުރެވި ގަތް މީހާއާއި ވިއްކި މީހާގެ ދެމެދުގައި މުޢާމަލާތާ ފުރިހަމަވެފައިވާކަން އެނގެން އޮތުމުން އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކުރާ ޣަރަރގެ ސަބަބުން ވިއްކުމުގު މި މުޢާމަލާތު ބާޠިލްކުރަންޖެހޭ ކަމުގައި ނުދެކެމެވެ.
29އިސްތިއުނާފުކުރާ ފަރާތުން ތިންވަނަ ނުކުތާއެއް ގޮތުގއަ ފާހަގަކޮށްފައިވާ ނުކުތާއަށް ރިޢާޔަތްކުރާއިރު، ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1577 ޤަޟިއްޔާ އިސްތިއުނާފުކޮށް ބަލަމުންދާ މި ކޯޓުގެ ނަންބަރު ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/1393 ޤަޟިއްޔާ
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ހ) (ޤާނޫނު ނަންބަރު 33/2021 އެއްމެދު ޢިމާރާތުގެ ޤާނޫނުގެ 124 ވަނަ މާއްދާއިން އުވާލެވިފައި)
- ޤާނޫނު ނަންބަރު 1/2002 ގެ 2، 17، 18، 25، 32 އަދި 40 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) – ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާ ބަދަލުކުރުން
- ބިމާބެހޭ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 1 ވަނަ މާއްދާ
- ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދު (1 އޮކްޓޫބަރު 2008)
- ސުޕްރީމް ކޯޓު 2014/SC-A/40 (ނަން ފޮރުވާފައި ވ. ނަން ފޮރުވާފައި)
- ސުޕްރީމް ކޯޓު 2018/SC-A/10 (މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޡިމާ އަދި އިތުރު 3 ފަރާތެއް)
- ފިޤުހީ ޤާއިދާ: كل معاملة فيها غرر أو جهالة فيما يقصد فهي باطلة
- ލެޓިން މެކްޒިމް: quicquid plantatur solo, solo cedit
- Muhammad Hashim Kamali, Uncertainty and Risk Taking (Gharar) in Islamic Law, IIUM Law Journal Vol. 7 No. 2 (1999)
- ސިވިލް ކޯޓު 1577/Cv-C/2016 އަދި 1393/Cv-C/2019 (ވާޤިޢާގެ ގޮތުން)
- ސުޕްރީމް ކޯޓު 2021/SC-HCL/04 (އިސްތިއުނާފުގެ ހުއްދައާ ބެހޭ)
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޢަބްދުﷲ ޙަމީދު، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް