ސައިޓޭޝަން ކޮޕީ ކުރުމަށް
[2025] SC 07
އިބްރާހީމް ޢަލީމަނިކު ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ)، [2025] SC 07 (2023/SC-A/32)
Ibrahim Aleemaniku v. State Bank of Indiaa (Male) [2025] SC 07 (2023/SC-A/32, Supreme Court of the Maldives, 13 February 2025)
އިބްރާހީމް ޢަލީމަނިކު ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ)
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުގެ 147/Cv-C/2014 އާއި 1426/Cv-C/2014 ޤަޟިއްޔާތަކުގެ ޙުކުމް ތަންފީޒުކުރުމަށް ހިންގި 2875/Cv-C/2020 އާއި 3290/Cv-C/2021 ޤަޟިއްޔާތަކަށް ހަވާލާދީ، 29 އެޕްރީލް 2021 ގައި ސިވިލް ކޯޓުން 809144-B5-Cr-1/CA/2021/ އަމުރު ނެރުނެވެ. ހައިކޯޓުގެ 2021/HC-A/312 ޤަޟިއްޔާގައި އެ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ނިންމުމުން، އިބްރާހީމް ޢަލީމަނިކު ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިއެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ) އިން ދެ ކުންފުންޏަކަށް ދޫކުރި ކްރެޑިޓް ފެސިލިޓީތަކަށް އިބްރާހީމް ޢަލީމަނިކު ޔަޤީންކަން ދީ، ޕާމް ބީޗް އައިލެންޑް ރިޒޯޓު ރަހުނުކޮށްފައި ވާއިރު، ފައިސާ ދެއްކުމަށް ޙުކުމްކޮށް ރަހުނު ވިއްކާލުމުގެ ހުއްދަ ދީފައިވެއެވެ. ރަހުނު ވިއްކާލުމަށް އެއްބާރުލުން ނުދިނުމުން، 06 އެޕްރީލް 2021 އިން ފެށިގެން އިންޓަރެސްޓާއި ޖޫރިމަނާ ޗާރޖުކުރުން ހުއްޓާލުމަށް ސިވިލް ކޯޓުން އަމުރުކުރިއެވެ. އިބްރާހީމް ޢަލީމަނިކުގެ ޝަކުވާއަކީ ޙުކުމުގައި ދިން 12 މަސްދުވަސް ހަމަވުމުން ނުވަތަ ރަހުނު ވިއްކާލުމުގެ ހުއްދަ ދިން ހިސާބުން އިންޓަރެސްޓާއި ޖޫރިމަނާ ހުއްޓަންޖެހޭ ކަމެވެ.
އިބްރާހީމް ޢަލީމަނިކު ބުނީ، ޙުކުމުގެ ބޭރުން ތަންފީޒީ އަމުރެއް ނެރެ މައުޟޫޢު އަލުން ހުޅުވީ ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. މަޢުރޫފާ އަބޫބަކުރު ޤަޟިއްޔާގެ އުޞޫލުތަކާ ޚިލާފަށް ކަމަށާއި، މާވެލާވަރު ވިއްކުމުގެ މައްސަލައިގައި ހިފި އުޞޫލު ތަޠުބީޤު ނުކޮށް ފަރަޤު ސާބިތުކުރުމުގެ ބުރަ އޭނާގެ މައްޗަށް އެޅުވީ އިބްރާހީމް ޢަބްދުލްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާއި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ) އިން ބުނީ، ޙުކުމުގައި އިންޓަރެސްޓް ހުއްޓާނެ ތާރީޚެއް ނެތް ކަމަށާއި، ރަހުނުގެ ޕޮސެޝަން ބަދަލުނުވާ ހާލަތެއްގައި ލޯނު އެކައުންޓް ބަންދުކުރެވެންދެން އެއްބަސްވުމުގެ އިންޓަރެސްޓާއި ޖޫރިމަނާ ހިނގާނެ ކަމަށެވެ.
މައިގަނޑު ސުވާލު
ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގެ ތެރެއިން ރަހުނު ވިއްކާލުމުގެ ހުއްދަ ދީފައިވާ ޙާލަތުގައި 06 އެޕްރީލް 2021 އިން ފެށިގެން އިންޓަރެސްޓާއި ޖޫރިމަނާ ހުއްޓާލުމަށް ސިވިލް ކޯޓުން ނެރި އަމުރަށް ހައިކޯޓުން ތާއީދުކުރީ މަޢުރޫފާ އަބޫބަކުރު ޤަޟިއްޔާގައިވާ ތަންފީޒީ އުޞޫލުތަކާއި، އިބްރާހީމް ޢަބްދުލްލަޠީފް ވ. އޯނަސް ޤަޟިއްޔާގެ އެއްގޮތް މައްސަލަ އެއްގޮތަށް ނިންމުމުގެ އުޞޫލާ ޚިލާފަށްތޯ.
ނިންމި ގޮތް
ހައިކޯޓުގެ ނިންމުން ޤާއިމް (އިއްތިފާޤުން)
މި އިސްތިއުނާފަކީ 1426/Cv-C/2014 ޤަޟިއްޔާގެ ޙުކުމުގެ އިސްތިއުނާފެއް ނޫން ކަމުން، އެ ޙުކުމުގެ މާނައާ ބެހޭ ބަހުސަށް ވަނުން އެކަށީގެން ނުވާ ކަމަށާއި، ޙުކުމެއް ބަދަލުކުރެވޭނީ އިސްތިއުނާފުކޮށްގެން ކަމަށާއި، ހައިކޯޓުގެ ނިންމުން ޤާނޫނާ ފުށުއަރާ ގޮތެއް ބަޔާންކޮށްދީފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. މިނިސްޓްރީ އޮފް ޖަސްޓިސްގެ 8/99 ސަރކިއުލަރަކީ އިސްތިއުނާފުކުރި އަމުރު ބިނާވެފައިވާ ސަރކިއުލަރެއް ނޫން ކަމުން އޭގެ ޤާނޫނީ ހައިސިއްޔަތާ މެދު ގޮތް ކަނޑައަޅަން ނުޖެހޭ ކަމަށާއި، އެއްގޮތް މައްސަލައެއް ކަމަށް ބުނެ ހަވާލާދޭނަމަ ދެ މައްސަލައަކީ އެއް ބާވަތެއްގެ މައްސަލަ ކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ އެކަން ހުށަހަޅާ ފަރާތުން ކަމަށް ނިންމިއެވެ. އެހެންކަމުން، ހައިކޯޓުގެ 2021/HC-A/312 ޤަޟިއްޔާގެ ނިންމުން އިއްތިފާޤުން ޤާއިމުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަށުކޯޓުން ކުރާ ޙުކުމަކީ ޤާނޫނާއި ޤަވާޢިދާ އެއްގޮތް ނުވާ ނުވަތަ ޙައްލެއް ލިބެންޖެހޭ ކަމަކަށް ޙައްލެއް ނުލިބޭ ޙުކުމެއް ކަމުގައި ވިޔަސް، އެފަދަ ޙުކުމެއް ބަދަލުކުރެވޭނީ އިސްތިއުނާފުކޮށްގެންނެވެ؛ އެހެންކަމުން މައުޟޫޢީ ޙުކުމުގެ ދަށުން 12 މަސްދުވަހަށްފަހު އިންޓަރެސްޓާއި ޖޫރިމަނާ އަރާތޯ ނުވަތަ ނޫންތޯ ހުރި ބަހުސަށް، ތަންފީޒީ އަމުރެއް އިސްތިއުނާފުކުރާ މައްސަލައެއްގެ ތެރެއިން ވަނުމަކީ އެކަށީގެންވާ ގޮތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- ޙުކުމް ތަންފީޒުކުރުމަށް ހިންގާ މައްސަލަތަކަށް ހަވާލާދީ ނެރޭ ކޯޓު އަމުރަކީ އެ ތަންފީޒީ މައްސަލަތަކުގެ އާޚިރު ނިންމުމެއް ނޫންކަމުން، އެ މައްސަލަތަކުގެ ނިންމުމަށް ބެލުމެއް ނެތި އެފަދަ އަމުރެއްގެ މައްޗަށް ގޮތް ކަނޑައެޅުމުގައި ވަރަށް ފަރުވާތެރިވާންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- އިސްތިއުނާފުކުރާ ފަރާތުން ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވާ ގޮތް ނުވަތަ ޤާނޫނު ތަޠްބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ހައިކޯޓުން ހަދާފައިވާ ގޯސް ބަޔާންކޮށްނުދީ، ދަށުކޯޓުގެ ނިންމުމުގެ ޢިބާރާތުން އެ ފަރާތަށް ދޭހަވާ މާނަ ހުށަހެޅުމަކީ، ސުޕްރީމް ކޯޓުން ހައިކޯޓުގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21، 24، 44)
- އިސްތިއުނާފުކުރެވުނު ދަށުކޯޓުގެ އަމުރު ބިނާވެފައި ނުވާ ސަރކިއުލަރެއްގެ (މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު 8/99 ސަރކިއުލަރ) ޤާނޫނީ ހައިސިއްޔަތު، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަމަށްވުމަކީ ހައިކޯޓުން އެކަމާމެދު ގޮތް ކަނޑައަޅަންޖެހޭ ޙާލަތެއް ނޫނެވެ؛ އަދި ތަންފީޒީ މައްސަލައެއްގެ ތެރެއިން ނެރުނު އަމުރެއްގެ އިސްތިއުނާފުގެ ތެރެއިން އެ ސަރކިއުލަރގެ މަންފާ ހޯދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34-35)
- ދަޢުވާ ނުވަތަ ދަފްޢު ސާބިތުކުރުމުގެ ބުރައަކީ ޢާންމު އުޞޫލުން އެ ހުށަހެޅުމެއް ހުށަހަޅާ ފަރާތުން އުފުލަންޖެހޭ ބުރައެކެވެ؛ އެހެންކަމުން ކުރިން ނިންމާފައިވާ މައްސަލައެއްގެ އުޞޫލު (އެއްގޮތް މައްސަލަ އެއްގޮތަށް ނިންމުމުގެ އުޞޫލުގެ ދަށުން) ތަޠްބީޤުކުރަންޖެހޭ ކަމަށް ބުނާ ފަރާތުން، ދެ މައްސަލައަކީ އެއް ބާވަތެއްގެ މައްސަލަކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41-42)
- ކޯޓެއްގައި މައްސަލައަކަށް ނުވަތަ އުޞޫލަކަށް ހަވާލާދިނުމުން ފުދޭ ކަމަށް ދެކުމަކީ ކުށްހީއެކެވެ؛ ހަވާލާދޭ މައްސަލަ ނުވަތަ އުޞޫލު ހިނގަމުންދާ މައްސަލައަށް ތަޠްބީޤުކުރަންޖެހޭ ސަބަބު ބަޔާންކޮށްނުދީ ހުށަހަޅާ ހުށަހެޅުމެއް ކޯޓުން ތަޠްބީޤު ނުކުރާނަމަ، ތަޠްބީޤު ނުކުރި ސަބަބު ކޯޓުން ބަޔާންކުރަން ޖެހޭ ކަމަށް ދެކުމަކީ ޤާނޫނީ އުޞޫލުތައް ތަޠްބީޤުކުރާ ގޮތުގައި އަރާފައިވާ އޮޅުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 43)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2025] SC 07 2023/SC-A/32 ޝަރީޢަތް ނިމުނުގޮތް އިބްރާހީމް ޢަލީމަނިކު ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ) ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ނިމުނު ތާރީޚު 13 ފެބްރުއަރީ 2025
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2021/HC-A/312 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ) އިބްރާހީމް ޢަލީމަނިކު، މއ.ނޫރީ، މާލެ ޤާނޫނީ ވަކީލު: ޢަބްދުﷲ ޢަލީ،ސަލްޓަން ޗެމްބަރސް އެލް.އެލް.ޕީ ޤާނޫނީ ވަކީލު: އަޙްމަދު ސިނާޒް، ބިޝާމް އެންޑް ސިނާޒް އެލް.އެލް.ޕީ
މަދަނީ - ލޯން އެގްރީމެންޓް - ޙުކުމް ތަންފީޒުކުރުމުގެ އަމުރު - ރަހުނުކުރެވޭ މުދާ ވިއްކާލުމުގެ ހުއްދަ - އިންޓަރެސްޓާއި ޖޫރިމަނާގެ މުއްދަތު - ދަފްޢު ސާބިތު ކުރުމުގެ ބުރަ - އެއްގޮތް މައްސަލަތަކުގައި އެއްގޮތަކަށް ޢަމަލުކުރުމުގެ ކުރިން ބަލަން ޖެހޭ ކަންކަން
ފިހުރިސްތު
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 1
ތަޢާރުފު 1
ކަންހިނގާފައިވާ ގޮތް 1
(ހ) ސިވިލް ކޯޓުގެ ނަންބަރު 147/Cv-C/2014 ޤަޟިއްޔާ 2
(ށ) ސިވިލް ކޯޓުގެ ނަންބަރު 1426/Cv-C/2014 ޤަޟިއްޔާ 5
(ނ) ސިވިލް ކޯޓުގެ ނަންބަރު 809144-B5-Cr-1/CA/2021/ ކޯޓު އަމުރު 8
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/312 ޤަޟިއްޔާ 9
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކުގެ ޚުލާސާ 11
ފުރަތަމަ އިސްތިއުނާފީ ނުކުތާ 12
ދެވަނަ އިސްތިއުނާފީ ނުކުތާ 17
މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު 8/99 ސަރކިއުލަރ 20
ވާޤިޔާތައް އެއްގޮތް މައްސަލަ އެއްގޮތް ނިންމުން 21
ނިންމަން ފެންނަ ގޮތް 24
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 25
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 25
ޙުކުމް 25
` އިބްރާހީމް ޢަލީމަނިކު ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ) [2025] SC 07 ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި) ތަޢާރުފު
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/312 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މއ.ނޫރީ، މާލެ، އިބްރާހީމް ޢަލީމަނިކު (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ އިބްރާހީމް ޢަލީމަނިކު")1 ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން،
މި ކޯޓުގެ ނަންބަރު 2023/SC-A/32 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ.
މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އެސް.ބީ.އައި") ގެ މައްޗަށެވެ.
ކަންހިނގާފައިވާ ގޮތް
2އިބްރާހީމް ޢަލީމަނިކުގެ ފަރާތުން އެސް.ބީ.އައި އިން ދޫކޮށްފައިވާ އެކި ކްރެޑިޓް ފެސިލިޓީތަކަށް ފައިސާ ދައްކާނެ ކަމުގެ ޔަޤީންކަންދީފައިވާ މައްސަލަތަކުގެ ތެރެއިން، އެއްބަސްވުމުގައިވާ ފަދައިން ފައިސާ ދައްކާފައިނުވާ ފެސިލިޓީތަކާ ގުޅޭ ފައިސާ ހޯދުމަށް އެދި އެސް.ބީ.އައިގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަތަކެއް ހުށަހަޅާފައިވެއެވެ.
3ސުޕްރީމް ކޯޓުން ބަލާ މި މައްސަލައިގައި އިސްތިއުނާފުކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 809144-B5-Cr-1/CA/2021/ (29 އެޕްރީލް 2021) ކޯޓު އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ނިންމި ނިންމުމެވެ.
4އެހެންނަމަވެސް، ހަވާލާދީފައިވާ 29 އެޕްރީލް 2021 ގެ ސިވިލް ކޯޓުގެ ކޯޓު އަމުރަކީ، އެ ކޯޓުގެ ނަންބަރު 2875/Cv-C/2020 އަދި 3290/Cv-C/2021 ޤަޟިއްޔާއަށް ހަވާލާދީ، ނެރެފައިވާ އަމުރެއްކަމުން، ފަސްފަހަތް ދެނެގަތުމަށްޓަކައި ސިވިލް ކޯޓުގައި ހިންގާފައިވާ މައްސަލަތަކާއި،
އެ މައްސަލަތަކާ ގުޅޭ ކްރެޑިޓް ފެސިލިޓީތަކާއި،2 މައްސަލަތަކާ ގުޅިގެން ކަންވެފައިވާ ގޮތުގެ ކުރު ޚުލާސާއެއް ފުރަތަމަ ބަޔާންކުރާނަމެވެ.
(ހ) ސިވިލް ކޯޓުގެ ނަންބަރު 147/Cv-C/2014 ޤަޟިއްޔާ - މޮނާޒާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެސް.ބީ.އައި އާ ދެމެދު ވެފައިވާ އެއްބަސްވުމާ ގުޅޭ
5އެސް.ބީ.އައި އާއި މޮނާޒާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "މޮނާޒާ ކޮންސްޓްރަކްޝަން") އާ ދެމެދު 16 ސެޕްޓެންބަރު 2003 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އެސް.ބީ.އައިގެ ފަރާތުން މޮނާޒާ ކޮންސްޓްރަކްޝަންއަށް ސާރވިސް ޗާރޖުގެ ގޮތުގައި އަހަރަކު 11% (އެގާރަ އިންސައްތަ) ޗާރޖުކުރާ ގޮތަށް، 5,000,000/-ރ. (ފަސްމިލިއަން ރުފިޔާ)
ގެ އޯވަރޑްރާފްޓް ފެސިލިޓީ އަކާއި، 1,600,000/-ރ. (އެއްމިލިއަން ހަލައްކަ ރުފިޔާ) ގެ ރިޕެޔަބަލް އޯވަރޑްރާފްޓް ފެސިލިޓީއަކާއި، 3,600,000/-ރ. (ތިންމިލިއަން ހަލައްކަ ރުފިޔާ) ގެ ބޭންކް ގެރެންޓީ ފެސިލިޓީއެއް، އަދި ސާރވިސް ޗާރޖުގެ ގޮތުގައި އަހަރަކު 12% (ބާރަ އިންސައްތަ) ޗާރޖުކުރާ ގޮތަށް US$100,000/- (އެއްލައްކަ އެމެރިކާ ޑޮލަރު) ގެ ލެޓަރ އޮފް ކްރެޑިޓް ފެސިލިޓީއެއް ދޫކޮށްފައިވެއެވެ. މި އެއްބަސްވުމަށް ފައިސާ ދައްކާނެކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން، މާލެ، މ.ވެލިދޫގެ މުޙައްމަދު ނަޢީމްއާއި، މާލެ، މ.މާލިމީގެ، ޚަދީޖާ ޙަސަންއާއި، މާލެ، މއ.ނޫރީ، އިބްރާހީމް ޢަލީ މަނިކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ޕާމް ބީޗް އައިލެންޑް"3 އެވެ ކިޔާ ރިޒޯޓް ރަހުނުކޮށްފައިވެއެވެ.4
6ބަޔާންކުރެވުނު ކްރެޑިޓް ފެސިލިޓީތައް ދޫކުރުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، ފައިސާ ހޯދުމަށް އެދި މޮނާޒާ ކޮންސްޓްރަކްޝަން އާއި، މުޙައްމަދު ނަޢީމްއާއި، ޚަދީޖާ ޙަސަން އަދި އިބްރާހީމް ޢަލީމަނިކުގެ މައްޗަށް އެސް.ބީ.އައިގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. އެ މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 147/Cv-C/2014 ޤަޟިއްޔާއިން ބަލައި ޙުކުމްކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުން 23 ޖުލައި 2014 އާ ހަމައަށް 18,670,850.79/-ރ. (އަށާރަ މިލިއަން ހަލައްކަ ހަތްދިހަހާސް އަށްސަތޭކަ ފަންސާސް ރުފިޔާ ހަތްދިހަ ނުވަލާރި) ދައްކަންޖެހި ނުދައްކާވާ ކަމުގައާއި، މި ލޯނަށް ޔަޤީންކަން ދިން ފަރާތްތަކުން އެކުއެކީގައި އަދި ވަކިވަކިންވެސް ލޯނަށް ޒިންމާވާންޖެހޭކަން
އެ ފަރާތްތަކުން ވެފައިވާ އެއްބަސްވުމުން ސާފުކޮށް އެނގެން އޮތަތީ، ލޯނަށް ދައްކަންޖެހި ނުދައްކާވާ ފައިސާއާއި، އެއްބަސްވެފައިވާ ފަދައިން އިތުރަށް ދައްކަންޖެހޭ ފައިސާ އެސް.ބީ.އައި އަށް ދެއްކުމަށް މޮނާޒާ ކޮންސްޓްރަކްޝަން އާއި، މުޙައްމަދު ނަޢީމް އާއި، ޚަދީޖާ ޙަސަން އަދި އިބްރާހީމް ޢަލީމަނިކުއަށް އަންގައެވެ.
7ސިވިލް ކޯޓުގެ ނަންބަރު 147/Cv-C/2014 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް މޮނާޒާ ކޮންސްޓްރަކްޝަން އާއި، މުޙައްމަދު ނަޢީމް އާއި، ޚަދީޖާ ޙަސަން އަދި އިބްރާހީމް ޢަލީމަނިކު ޢަމަލުކޮށްފައިނުވާތީ، އެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށް އެދި އެސް.ބީ.އައި އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ސިވިލް ކޯޓުގެ ނަންބަރު 1052/Cv-C/2018 ޤަޟިއްޔާއިން ބެލި
އެ މައްސަލައިގައި ޙުކުމްކޮށްފައިވަނީ އެ ކޯޓުގެ ނަންބަރު 147/Cv-C/2014 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން މޮނާޒާ ކޮންސްޓްރަކްޝަން އާއި، މުޙައްމަދު ނަޢީމް އާއި، ޚަދީޖާ ޙަސަން އަދި އިބްރާހީމް ޢަލީމަނިކުގެ ފަރާތުން އެސް.ބީ.އައި އަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގޮތުން އިބްރާހީމް ޢަލީމަނިކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ޕާމް ބީޗް އައިލެންޑް" އެވެ ކިޔާ ރިޒޯޓް ވިއްކާލުމުގެ ހުއްދަ އެސް.ބީ.އައި އަށް ލިބިގެންވާ ކަމަށެވެ.
8ސިވިލް ކޯޓުގެ ނަންބަރު 147/Cv-C/2014 ޤަޟިއްޔާގެ ޙުކުމް ތަންފީޒުވެފައިނުވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމް ތަންފީޒު ކުރުމާބެހޭ (ނަންބަރު 2015/03/SC) ސަރކިއުލަރގެ ދަށުން، ސިވިލް ކޯޓުގެ އިސްނެގުމުގައި، އެ ކޯޓުގެ ނަންބަރު 147/Cv-C/2014 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 2875/Cv-C/2020 ޤަޟިއްޔާއިން ބެލިއެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 1052/Cv-C/2018 ޤަޟިއްޔާއިން ޕާމް ބީޗް ރިޒޯޓް ވިއްކާލުމުގެ ހުއްދަ ދީފައިވާއިރު، ފައިސާ ދައްކައިގެން ރަހުނު ސަލާމަތްކުރުމުގެ ފުރުޞަތު 15 ޖަނަވަރީ 2021 ގެ ނިޔަލަށް ދިނުމަށް އެސް.ބީ.އައި އިން އެއްބަސްވެފައިވާތީ،
އެ މުއްދަތުގެ ކުރިން ރަހުނު ވިއްކާލުމުގެ މުޢާމަލާތް ނުނިންމުމަށާއި، ރަހުނު ވިއްކާލުމުގެ ހުއްދައިގެ މުއްދަތު 6 ޖަނަވަރީ 2021 އިން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް ދެމިގެންދާކަމަށެވެ.5
9ސިވިލް ކޯޓުގެ ނަންބަރު 2875/Cv-C/2020 ޤަޟިއްޔާއާ ގުޅިގެން 05 އެޕްރީލް 2021 ގައި ސިވިލް ކޯޓުން އިތުރު އަމުރެއް ނެރެފައިވެއެވެ.6 ސިވިލް ކޯޓުގެ އެ އަމުރުގައިވަނީ ސިވިލް ކޯޓުގެ ނަންބަރު 147/Cv-C/2014 ޤަޟިއްޔާއާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، އެސް.ބީ.އައި އާއި މޮނާޒާ ކޮންސްޓްރަކްޝަންއާ ދެމެދު ކޮށްފައިވާ މުޢާމަލާތްތަކާ ގުޅިގެން ރަހުނުކޮށްފައިވާ ޕާމް ބީޗް ރިޒޯޓް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުގެ ނަންބަރު 1052/Cv-C/2018 ޤަޟިއްޔާއިން ދީފައިވާ ކަމަށާއި، ޙުކުމާ އެއްގޮތަށް ފައިސާ ދައްކައި ޚަލާޞްކޮށްފައިނުވާތީ، ސިވިލް ކޯޓުން 06 ޖަނަވަރީ 2021 ގައި ނެރެފައިވާ ކޯޓު އަމުރުގެ މުއްދަތު 6 އެޕްރީލް 2021 ފެށިގެން 03 (ތިނެއް) މަސްދުވަހުގެ މުއްދަތަށް އިތުރުކޮށްފައިވާކަމަށެވެ.
10ސިވިލް ކޯޓުގެ ނަންބަރު 2875/Cv-C/2020 ޤަޟިއްޔާއިން ބެލުނު އެ މައްސަލައިގައި
އެ ކޯޓުން ޙުކުމް ކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 147/Cv-C/2014 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ދަޢުވާލިބޭ ފަރާތްތަކުން ދައްކަންޖެހޭ އެންމެހާ ފައިސާ މި ދަރަނި ބިނާވެފައިވާ ލޯނާއި ގުޅިގެން ރަހުނު ކުރެވިފައިވާ ޕާމް ބީޗް ރިޒޯޓް ވިއްކާލައިގެން ލިބި ޚަލާޞްކޮށްފައިވާކަން ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރާތުން މި މައްސަލަ ކޯޓުގައި ތަމްސީލްކުރާ ސަލްޓަން ޗެމްބަރސް އެލް.އެލް.ޕީގެ ފަރާތުން 27 ޖޫން 2021 ވަނަ ދުވަހު ސިވިލް ކޯޓަށް ފޮނުވާފައިވާ ސިޓީއިން އެނގެން އޮންނާތީ، މި ދަރަނި ޚަލާޞްވެފައިވާ ކަމަށެވެ.
(ށ) ސިވިލް ކޯޓުގެ ނަންބަރު 1426/Cv-C/2014 ޤަޟިއްޔާ - ގާޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑާއި އެސް.ބީ.އައި އާ ދެމެދު ވެފައިވާ އެއްބަސްވުމާ ގުޅޭ
11ގާޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ގާޑިއަން އެޖެންސީ") އާއި އެސް.ބީ.އައި އާދެމެދު 16 ސެޕްޓެންބަރު 2003 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އަހަރަކު %11
(އެގާރަ އިންސައްތަ) ސާރވިސް ޗާރޖުގެ ގޮތުގައި ދައްކާ ގޮތަށް 5,000,000/-ރ. (ފަސްމިލިއަން ރުފިޔާ) ގެ އޯވަރޑްރާފްޓް ފެސިލިޓީއަކާއި، 2,000,000/-ރ. (ދެމިލިއަން ރުފިޔާ) ގެ އޯވަރޑްރާފްޓް ފެސިލިޓީއަކާއި، އަހަރަކު 12% (ބާރަ އިންސައްތަ) ސަރވިސް ޗާރޖުގެ ގޮތުގައި ދައްކާ ގޮތަށް US$185,000/- (އެއްލައްކަ އަށްޑިހަ ފަސްހާސް އެމެރިކާ ޑޮލަރު( ގެ އޯވަރޑްރާފްޓް ފެސިލިޓީއަކާއި، އަދި 09 ފެބްރުވަރީ 2004 ގައި ވެފައިވާ ދެ އެއްބަސްވުމެއްގެ ދަށުން އަހަރަކަށް 12% (ބާރަ އިންސައްތަ( ސަރވިސް ޗާރޖުގެ ގޮތުގައި ދައްކާގޮތަށް US$40,000/- (ސާޅީސްހާސް އެމެރިކާ ޑޮލަރު( ގެ އޯވަރޑްރާފްޓް ފެސިލިޓީއަކާއި، US$600,000/- (ހަލައްކަ އެމެރިކާ ޑޮލަރު( ގެ ލެޓެރ އޮފް ކްރެޑިޓް ފެސިލިޓީއެއް އެސް.ބީ.އައި އިން ގާޑިއަން އެޖެންސީ އަށް ދޫކޮށްފައިވެއެވެ.7 މި ލޯނަށް ވެސް ޔަޤީންކަން ދީފައިވަނީ އެސް.ބީ.އައި އާއި މޮނާޒާ ކޮންސްޓްރަކްޝަން އާ ދެމެދު 16 ސެޕްޓެންބަރު 2003 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޔަޤީންކަން ދީފައިވާ ފަރާތްތަކެވެ.8 އަދި ލޯނަށް ފައިސާ ދައްކާނެކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ރަހުނުކޮށްފައިވަނީ އިބްރާހީމް ޢަލީމަނިކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޕާމް ބީޗް އައިލެންޑް އެވެ ކިޔާ ރިޒޯޓެވެ.
12ބަޔާންކުރެވުނު ކްރެޑިޓް ފެސިލިޓީތަށް ލިބިގަތުމަށްޓަކައި އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކާފައިނުވާތީ، އެ ފެސިލިޓީތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ހޯދުމަށް އެސް.ބީ.އައި އިން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. އެ ކޯޓުގެ ނަންބަރު 1426/Cv-C/2014 ޤަޟިއްޔާއިން ބެލި މައްސަލައިގައި، ލޯނު ފެސިލިޓީތަކާ ގުޅިގެން ގާޑިއަން އެޖެންސީ އާއި، މުޙައްމަދު ނަޢީމް އާއި، ޚަދީޖާ ޙަސަން އަދި އިބްރާހީމް ޢަލީމަނިކުގެ ފަރާތުން އެސް.ބީ.އައި އަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ، 28 މެއި 2015 ގެ ނިޔަލަށް އިންޓަރެސްޓާއި ޖޫރިމަނާ ފައިސާއާއެކު US$1,063,499/05 (އެއްމިލިއަން ފަސްދޮޅަސް ތިންހާސް ހަތަރު ސަތޭކަ ނުވަދިހަ ނުވައެއް އެމެރިކާ ޑޮލަރު ފަހެއް ސެންޓް) އާއި، 31 މެއި 2015 ގެ ނިޔަލަށް އިންޓަރެސްޓާއި ޖޫރިމަނާ ފައިސާއާއެކު ޖުމްލަ 7,255,104/68ރ. (ހަތްމިލިއަން ދެލައްކަ ފަންސާސް ފަސްހާސް އެއްސަތޭކަ ހަތަރު ރުފިޔާ ފަސްދޮޅަސް އަށްލާރި) އާއި 16,688,857/60ރ. (ސޯޅަމިލިއަން ހަލައްކަ އަށްޑިހަ އަށްހާސް އަށްސަތޭކަ ފަންސާސް ހަތްރުފިޔާ ފަސްދޮޅަސް ލާރި) ދައްކަންޖެހި ނުދައްކާ އޮތް ކަން ބޭންކުގެ ފަރާތުން ހުށަހަޅާފައިވާ އެކައުންޓް ސްޓޭޓްމަންޓް ތަކުން އެނގޭތީ، އަދި
މި ފައިސާގެ އަދަދުތަކާއި ގާޑިއަން އެޖެންސީ އާއި، މުޙައްމަދު ނަޢީމް އާއި، ޚަދީޖާ ޙަސަން އަދި އިބްރާހީމް ޢަލީމަނިކުގެ ފަރާތުން އެއްވެސް ޚިލާފެއް އުފައްދާފައި ނުވާކަން ފާހަގަކޮށް، މި ފައިސާއަކީ ގާޑިއަން އެޖެންސީ އާއި، ލޯނަށް ގެރެންޓީދިފައިވާ ފަރާތްތަކުން އެސް.ބީ.އައި އަށް ދައްކަންޖެހޭ ފައިސާ ކަމުގައި ޙުކުމްކޮށްފައެވެ. އަދި މި މައްސަލަ ނިންމި ތާރީޚުން ފެށިގެން 12 (ބާރަ( މަސްދުވަހުގެ ތެރޭގައި އެސް.ބީ.އައި އަށް ދައްކަންޖެހޭ އެންމެހާ ފައިސާ ދައްކާ ޚާލަޞްނުކުރެވިއްޖެނަމަ، 12 (ބާރަ( މަސް ހަމަވާ ތާރީޚުން ފެށިގެން ކްރެޑިޓް ފެސިލިޓީތަކާއި ގުޅިގެން އެސް.ބީ.އައިގައި ރަހުނުކުރެވިފައިވާ ޕާމް ބީޗް އައިލެންޑް އެވެ ކިޔާ ރިޒޯޓް ވިއްކާލުމުގެ ހުއްދަ އެސް.ބީ.އައި އަށް ލިބިގެންވާ ކަމަށް އެ ޙުކުމުގައި ކަނޑައަޅާފައިވެއެވެ.
13ޙުކުމާ އެއްގޮތަށް ގާޑިއަން އެޖެންސީ އާއި، މުޙައްމަދު ނަޢީމް އާއި، ޚަދީޖާ ޙަސަން އަދި އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ޢަމަލުކޮށްފައި ނުވާތީ، ސިވިލް ކޯޓުގެ ނަންބަރު
1426/Cv-C/2014 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކޮށް ދިނުމަށް އެދި އެސް.ބީ.އައި އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު 1050/Cv-C/2018 ޤަޟިއްޔާއިން ބެލި މައްސަލައިގައި ޙުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1426/Cv-C/2014 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން އެސް.ބީ.އައި އަށް ދައްކަންޖެހޭ ފައިސާ ލިބިދިނުމުގެ ގޮތުން، ކްރެޑިޓް ފެސިލިޓީތަކާ ގުޅިގެން ރަހުނުކޮށްފައިވާ "ޕާމް ބީޗް އައިލެންޑް" އެވެ ކިޔާ ރިޒޯޓް ވިއްކާލުމުގެ ހުއްދަ އެސް.ބީ.އައި އަށް ލިބިގެންވާ ކަމަށެވެ.
14ސިވިލް ކޯޓުގެ ނަންބަރު 1426/Cv-C/2014 ޤަޟިއްޔާގެ ޙުކުމް ތަންފީޒުވެފައިނުވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމް ތަންފީޒުކުރުމާބެހޭ ސަރކިއުލަރ9 ގެ ދަށުން ސިވިލް ކޯޓުގެ އިސްނެގުމުގެ މަތިން، ޙުކުމް ތަންފީޒުކުރުމުގެ މައްސަލައެއް ސިވިލް ކޯޓުގެ ނަންބަރު 3290/Cv-C/2020 ޤަޟިއްޔާއިން ބަލާފައިވެއެވެ. އަދި އެ ޤަޟިއްޔާއާ ގުޅިގެން
5 އެޕްރީލް 2021 ގައި ސިވިލް ކޯޓުން ނެރުނު ކޯޓު އަމުރު10 ގައި ވަނީ ސިވިލް ކޯޓުގެ ނަންބަރު
1426/Cv-C/2014 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ގާޑިއަން އެޖެންސީ އާއި، މުޙައްމަދު ނަޢީމް އާއި، ޚަދީޖާ ޙަސަން އަދި އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ފައިސާ ދައްކާފައިނުވާތީ، ކްރެޑިޓް ފެސިލިޓީތަކާ ގުޅިގެން ރަހުނުކޮށްފައިވާ ޕާމް ބީޗް އައިލަންޑް ރިޒޯޓް ވިއްކާލުމުގެ ހުއްދަ
06 އެޕްރީލް 2021 އިން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް އެސް.ބީ.އައި އަށް ލިބިގެންވާކަމަށެވެ.11
(ނ) ސިވިލް ކޯޓުގެ ނަންބަރު 809144-B5-Cr-1/CA/2021/ ކޯޓު އަމުރު
15މުޙައްމަދު ނަޢީމް އާއި، ޚަދީޖާ ޙަސަން އަދި އިބްރާހީމް ޢަލީމަނިކު ޔަޤީންކަން ދީގެން އެސް.ބީ.އައިގެ ފަރާތުން މޮނާޒާ ކޮންސްޓްރަކްޝަން އަށާއި ގާޑިއަން އެޖެންސީއަށް ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީތަކާއި ގުޅިގެން، ސިވިލް ކޯޓުގެ ނަންބަރު 2875/Cv-C/2020 ޤަޟިއްޔާ އާއި،
އެ ކޯޓުގެ ނަންބަރު 3290/Cv-C/2021 ޤަޟިއްޔާއަށް ހަވާލާދީ، 29 އެޕްރީލް 2021 ގައި ސިވިލް ކޯޓުން ކޯޓު އަމުރެއް12 ނެރެފައިވެއެވެ.13 މި ޤަޟިއްޔާގައި އިސްތިއުނާފު ކޮށްފައިވަނީ
29 އެޕްރީލް 2021 ގައި ނެރެފައިފައިވާ ސިވިލް ކޯޓުގެ ނަންބަރު
809144-B5-Cr-1/CA/2021/ ކޯޓު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމި ގޮތެވެ.
16ސިވިލް ކޯޓުން 29 އެޕްރީލް 2021 ގައި ނެރުނު އަމުރަކީ ސިވިލް ކޯޓުގެ ނަންބަރު
1050/Cv-C/2018 ޤަޟިއްޔާ އަދި އެ ކޯޓުގެ 1052/Cv-C/2018 ޤަޟިއްޔާއިން
"ޕާމް ބީޗް އައިލެންޑް" އެވެ ކިޔާ ރިޒޯޓް ވިއްކާލުމުގެ ހުއްދަ ދީފައި އޮތް ހިނދު، އެ ޙުކުމްތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާޞްކޮށްފައިނުވާތީ، އަދި ރަހުނު ވިއްކާލުމަށްޓަކައި މޮނާޒާ ކޮންސްޓްރަކްޝަން އާއި، ގާޑިއަން އެޖެންސީއާއި، މުޙައްމަދު ނަޢީމް އާއި، ޚަދީޖާ ޙަސަން އަދި އިބްރާހީމް ޢަލީމަނިކުގެ ފަރާތުން އެސް.ބީ.އައި އަށް އެއްބާރުލުން ދީފައިނުވުމުގެ ސަބަބުން ރަހުނު ވިއްކާލުމުގެ ކަންކަން ކުރިއަށް ގެންދެވިފައިނުވާތީ، ސިވިލް ކޯޓުގެ ނަންބަރު
144-B5-Cr-1/CA/2021/27 އަމުރުން މުއްދަތު އިތުރުކުރި ތާރީޚް ކަމުގައިވާ
06 އެޕްރީލް 2021 ވަނަ ދުވަހުން ފެށިގެން ލޯނުތަކަށް އިންޓަރެސްޓާއި ޖޫރިމަނާ ޗާރޖުކުރުން ހުއްޓާލުމަށް އެސް.ބީ.އައި އަށް އަންގައި އަމުރުކޮށް، އެ މުއްދަތާ ހަމައަށް ތައްޔާރުކޮށްފައިވާ ސްޓޭޓްމަންޓްތައް 29 އެޕްރީލް 2021 އިން ފެށިގެން ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަސް ތެރޭގައި ސިވިލް ކޯޓަށް ފޮނުވުމަށް އެސް.ބީ.އައިގެ މައްޗަށް އަންގާ ނެރެފައިވާ އަމުރެކެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/312 ޤަޟިއްޔާ
17ސިވިލް ކޯޓުގެ ނަންބަރު 809144-B5-Cr-1/CA/2021/ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ އަމުރު އިސްތިއުނާފުކުރުމުން14 ހައިކޯޓުގެ ނަންބަރު 2021/HC-A/312 ޤަޟިއްޔާއިން ޙުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްގެންކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
17.1. މައްސަލައާ ގުޅޭ އެއްބަސްވުންތަކަށް ބަލާއިރު، ލޯނުތަކަށް ޔަޤީންކަން ދިން ފަރާތްތަކުން ފައިސާ ދެއްކުމަށް ޝަޚުސީގޮތުން ޒިންމާ ނަގާފައިވާކަމާއި، އަދި އެ ލޯނުތަކާއި ގުޅިގެން އެއްބަސްވެފައިވާ ފަދައިން އިތުރަށް ދައްކަންޖެހޭ ސަރވިސް ޗާރޖް ބޭންކަށް ދެއްކުމުގައި ލޯނު ނެގި ފަރާތުންނާއި އަދި ލޯނަށް ޔަޤީންކަންދިން ފަރާތްތަކުން އެކުއެކީގައި އަދި ވަކިވަކިންވެސް ޒިންމާވުމަށް އެއްބަސްވެފައިވާކަން، އަދި ލޯނުގެ ފައިސާއާއި އަދި އެއާއެކު މަހުން މަހުން ދައްކާ ސަރވިސް ޗާރޖް ދައްކައި ލޯނު އެކައުންޓް ބަންދުކުރެވެންދެން މި އެއްބަސްވުން ދެމި އޮންނާނެކަން އެއްބަސްވުމުގެ މާއްދާތަކަށް ބެލުމުން އެނގޭކަން؛
17.2. ލޯނަށް ފައިސާ ނުދައްކައިގެން ހުށަހެޅުނު ސިވިލް ކޯޓުގެ ނަންބަރު
147/Cv-C/2014 އަދި 1426/Cv-C/2014 ޤަޟިއްޔާއިން ވެސް އިބްރާހީމް ޢަލީމަނިކުގެ މައްޗަށް އަމުރުކޮށްފައިވަނީ އެއްބަސްވުމުގައިވާ ފަދައިން ދައްކަންޖެހޭ އެންމެހާ ފައިސާތައް ދެއްކުމަށް ކަމުގައިވާއިރު، މިކަން އެއްބަސްވުމުގެ އަލީގައި ބަލާނަމަ އެއީ ލޯނު އެކައުންޓުގައިވާ ލޯނާއި އަދި ސަރވިސް ޗާރޖް ހިމެނޭގޮތަށް އެ އެކައުންޓުން ދައްކުވައިދޭ އަދަދު ކަމާއި، އޭގެ ފަހުން ހުށަހެޅިގެން ދިޔަ އެންމެހާ މައްސަލަތަކަކީވެސް މި ދެ ޤަޟިއްޔާގެ ޙުކުމްތަންފީޒު ކުރުމަށް ހުށަހެޅުނު މައްސަލަތަކެއް ކަމުން، ޙުކުމް ތަންފީޒުވާންޖެހޭނީ މައި މައްސަލައިގެ ތަރަހައިގެ ތެރެއިންކަމުގައާއި، އިސްވެ ހަވާލާދީފައިވާ އެއްބަސްވުންތަކުގެ ދަށުން ނަގާފައިވާ ލޯނާއި އަދި އެއާއެކު ހިސާބުކުރެވޭ ސާރވިސް ޗާރޖަކީ ލޯނު ޚަލާޞްކުރުމުގައި ދައްކަންޖެހޭ ފައިސާކަމާމެދު ޚިލާފެއް ނެތްކަން؛
17.3. އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ހުށަހަޅާފައިވާ ފަދައިން، ސިވިލް ކޯޓުގެ ނަންބަރު 950/Cv-C/20191 ޤަޟިއްޔާގެ ތެރެއިން ނެރެފައިވާ އެ ކޯޓުގެ ނަންބަރު B5-CR-3/RVH/2019/04 (28 ނޮވެންބަރު 2019( އަމުރުގައި ހަވާލާދީފައިވަނީ 1999 ވަނަ އަހަރު މިނިސްޓްރީ އޮފް ޖަސްޓިސްއިން އާންމު ކޮށްފައިވާ ސަރކިއުލަރއަކަށްކަން އެ އަމުރަށް ބެލުމުން އެނގެން އޮތްއިރު، 2008 ވަނަ އަހަރުގެ ޤާނޫނުއަސާސީ ވުޖޫދުވުމަށްފަހު، ޤާނޫނީ ބާރު ނެތް ސަރކިއުލަރތަކުގެ ޤާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދޭ ކަމަށާއި، އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 809144-B5-Cr-1/CA/2021/ އަމުރުގައި މި ސަރކިއުލަރއާ ހަވާލާދީފައިނުވާތީ އާއި، މި އިސްތިއުނާފީ މައްސަލައަކީ ސިވިލް ކޯޓުގެ ނަންބަރު 2019 1950/Cv-C/ޤަޟިއްޔާގެ ތެރެއިން 28 ނޮވެންބަރު 2019 ގައި ނެރެފައިވާ އިސްވެ ހަވާލާދެވުނު އަމުރުގެ އިސްތިއުނާފީ މައްސަލައަކަށް ނުވާތީ، އަދި އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ހަވާލާދޭ ސިވިލް ކޯޓުގެ ނަންބަރު
1950/Cv-C/2019 ޤަޟިއްޔާގެ އިސްތިއުނާފީ މައްސަލައެއް ހައިކޯޓުގައި ހިނގަމުންދާތީ، މި ސަރކިއުލަރގެ ޤާނޫނީ ހައިސިއްޔަތާ މެދު މި މައްސަލައިގައި ގޮތް ކަނޑައަޅަން ނުޖެހޭކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކުގެ ޚުލާސާ
18ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/312 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން އިބްރާހީމް ޢަލީމަނިކުގެ ފަރާތުން 2 (ދޭއް) ސަބަބެއް ހުށަހަޅާފައިވެއެވެ. އެއީ:
18.1. ސިވިލް ކޯޓުގެ ނަންބަރު 1426/Cv-C/2014 މައްސަލައިގައި ކޮށްފައިވާ ޙުކުމުގެ ބޭރުން ސިވިލް ކޯޓުން ޙުކު މް ތަންފީޒުކުރުމުގެ އަމުރެއް ނެރެފައިވާތީ،
މި ނިންމުން ބާޠިލްކޮށް ދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން އެދުމުން ސިވިލް ކޯޓުގެ ނަންބަރު 1426/Cv-C/2014 މައްސަލައިގެ މައުޟޫޢު އަލުން ހުޅުވާ ބަލާފައިވަނީ ޙުކުމް ތަންފީޒުކުރުމުގައި ބެލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. މަޢުރޫފާ އަބޫބަކުރު15 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު؛ އަދި
18.2. ދިވެހިރާއްޖޭގެ ހައިކޯޓުން އަތަމާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އަދި 3 ފަރާތެއް ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ އަދި 3 ފަރާތެއް16 (މީގެ ފަހުން "މާވެލާވަރު ވިއްކުމުގެ މައްސަލަ") އާއި މި މައްސަލަ ފަރަޤު ނުވަތަ ޑިސްޓިންގުއިޝް ކުރުމުގެ ބަދަލުގައި،
މި މައްސަލައަށް މާވެލާވަރު ވިއްކުމުގެ މައްސަލައިގެ ނިންމެވުން ތަޠުބީޤުކުރަން ނުޖެހޭކަން ނުވަތަ އެ މައްސަލައާ މި މައްސަލައާ ޑިސްޓިންގުއިޝް ނުކުރެވޭކަން ސާބިތުކުރުމުގެ ޤާނޫނީ ޒިންމާ އޮންނާނީ އިބްރާހީމް ޢަލީމަނިކުގެ މައްޗަށް ކަމުގައި ހައިކޯޓުން ކަނޑައަޅާފައިވަނީ ނިންމުންތައް ޑިސްޓިންގުއިޝް ކުރުމުގައި ޢަމަލުކުރުމަށް އިބްރާހީމް ޢަބްދުލްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް17 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.
ފުރަތަމަ އިސްތިއުނާފީ ނުކުތާ
19ހައިކޯޓުން މައްސަލަ ނިންމުމުގައި ސިވިލް ކޯޓުގެ ނަންބަރު 1426/Cv-C/2014 މައްސަލައިގެ ޙުކުމްކުރި ތާރީޚުން ފެށިގެން 12 (ބާރަ) މަސް ދުވަސް ފަހުން ވެސް އިންޓަރެސްޓާއި އިތުރު ޗާރޖުތައް އަރަމުންދާނެ ކަމަށް ކަނޑައަޅާފައިވާ ނަމަވެސް:
19.1. ސިވިލް ކޯޓުގެ ނަންބަރު 1426/Cv-C/2014 ޤަޟިއްޔާގެ ޙުކުމުގެ އިބާރާތުގައި ލޯނު ފެސިލިޓީތަކާ ގުޅިގެން ގާޑިއަން އެޖެންސީ އާއި، މުޙައްމަދު ނަޢީމް އާއި، ޚަދީޖާ ޙަސަން އާއި، އިބްރާހީމް ޢަލީމަނިކުގެ ފަރާތުން އެސް.ބީ.އައި އަށް ދައްކަންޖެހޭ އަދަދު ބަޔާންކުރުމަށްފަހު، 31 މެއި 2015 ވަނަ ދުވަހުން ފެށިގެން
12 (ބާރަ) މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ޚަލާޞްކުރުމަށް އެންގުމާއެކު، އެ މުއްދަތުގެ ތެރޭގައި އެސް.ބީ.އައި އަށް ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސް ނުކޮށްފިނަމަ، 31 މެއި 2015 ވަނަ ދުވަހުން ފެށިގެން 12 (ބާރަ) މަސް ހަމަވާ ތާރީޚުން ފެށިގެން ލޯނު ފެސިލިޓީތަކާ ގުޅިގެން ރަހުނުކޮށްފައިވާ ޕާމް ބީޗް ރިޒޯޓް ވިއްކާލުމަށް ހުއްދަ ދީފައިވާތީ، ލޯނު ދައްކާ ޚަލާޞްކުރުމަށް 12 (ބާރަ) މަސް ދުވަހުގެ މުއްދަތެއް ދީފައިވާކަމާއި، ރަހުނުކޮށްފައިވާ މުދާ ވިއްކާލުމުގެ ހުއްދަ 'އެކްޓިވޭޓް' ވަނީ އެ މުއްދަތު ހަމަވުމުން، 30 މެއި 2016 ގައި ކަމުގައިވާތީއާއި؛
19.2. ސިވިލް ކޯޓުގެ (އިސްވެ ބަޔާންކުރި) ޙުކުމުގެ އިބާރާތަށް ބެލުމުން، ރަހުނުކޮށްފައިވާ މުދާ ވިއްކާލައިގެން ފައިސާ ހޯދާ މުއްދަތުގައި އިތުރު ފައިސާއެއް ދައްކަންޖެހޭ ކަމަށް ނުވަތަ އެ މުއްދަތުގައި އިންޓަރެސްޓް ފައިސާ އަރަމުންދާނެ ކަމުގައި ބަޔާންކޮށްފައި ނެތުމުން، ރަހުނު މުދާ ވިއްކާލައިގެން ލޯނުތަކަށް ދައްކަންޖެހޭ މިންވަރު ހަމަ ނުކުރެވޭނަމަ، ދެން އޮންނާނީ "ޝޯޓްފޯލް" އާމެދު އަމަލުކުރަން އޮންނަ އިޖުރާއަތުކަމަށާއި، އެއީ ވަކި ކަމެއް ކަމުގައިވާތީއާއި؛
19.3. ސުޕްރީމް ކޯޓުގެ ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. މަޢުރޫފާ އަބޫބަކުރު 18 މައްސަލައިގައި ޙުކުމެއް މައުޟޫޢީ ގޮތުން ބެލުމާއި އެ ޙުކުމެއް ތަންފީޒުކުރުމުގައި ތަފާތެއްވާކަން ފާހަގަކޮށް، ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅި ބަލާނީ ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ ޙުކުމް ތަންފީޒުކުރުމުގެ ކަންކަން އެކަނިކަމާއި، އެފަދައިން ކަންކުރުމުގައި ތަންފީޒުކުރަން ހުށަހަޅާފައިވާ މައްސަލައިގެ މައުޟޫޢު އަލުން ހުޅުވާ ބެލުމަކީ ކުރެވޭނެ ކަމެއް ނޫންކަމުންނާއި؛
19.4. ދަށުކޯޓުން ކުރާ ޙުކުމަކީ ޤާނޫނާއި ގަވާއިދާ އެއްގޮތް ނުވާ ނުވަތަ ޙުކުމުން ހައްލެއް ލިބެންޖެހޭ ކަމަކަށް ހައްލެއް ނުވަތަ ޖަވާބެއް ލިބިފައި ނުވާ ޙުކުމެއް ނަމަވެސް، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ހަމަޖެހިފައިވާ ގޮތުން އެފަދަ މައްސަލައެއްގެ ޙުކުމް ބަދަލުކުރެވޭނީ އިސްތިއުނާފުކޮށްގެން ކަމުގައި ސުޕްރީމް ކޯޓުގެ އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑް19 މައްސަލައިގައި ކަނޑައަޅާފައިވާތީ؛
އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ހައިކޯޓުގެ
އެ ނިންމުމަކީ ޤާނޫނާ ތައާރުޒުވާ ނިންމުމެއް ކަމުގައި ހުށަހަޅާފައިވެއެވެ.
20މި އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި، ޚުޞޫމާތާ ގުޅޭގޮތުން މައުޟޫޢީ ގޮތުން ބެލި މައްސަލައިގައި،20 އިންޓަރެސްޓާއި ޖޫރިމަނާ ހިސާބުކުރެވޭނެ ތާރީޚެއް ބަޔާންކޮށްފައި ނުވާ ކަމަށާއި، 12 (ބާރަ) މަސްދުވަހަކީ ލޯނަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދެއްކުމަށް ދެވުނު މުއްދަތު ކަމަށާއި، އަދި އިންޓަރެސްޓާއި ޖޫރިމަނާ ނެގޭނީ ހަމައެކަނި އެ 12 (ބާރަ) މަސްދުވަހުގެ މުއްދަތުގެ ނިޔަލަށް ކަމުގައި އެ ޤަޟިއްޔާގައި ބަޔާންކޮށްފައިނުވާ ކަމަށާއި، މީގެކުރިން ލޯނާ ގުޅޭ އެންމެހައި މައްސަލަތަކުގައި ޢަމަލުކުރުމަށް ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ތަންފީޒީ މައްސަލައިގައި ޢަމަލުކޮށްފައިވާ ކަމުގައި އެސް.ބީ.އައި އިން ފާހަގަކޮށްފައިވެއެވެ.
21ޕްރިސިޑެންސް 3އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގައި އެފަދައިން ބަޔާންކޮށްފައިވަނީ މައިގަނޑު ގޮތެއްގައި ސިވިލް ކޯޓުގެ ނަންބަރު 1426/Cv-C/2014 މައްސަލައިގެ ޙުކުމުގެ އިބާރާތަށް ހަވާލާދީއެވެ. ސިވިލް ކޯޓުން މައްސަލައިގެ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަން ދިން 12 (ބާރަ) މަސް ދުވަހުގެ މުއްދަތު ހަމަވުމަށް ފަހުގައިވެސް އިންޓަރެސްޓާއި ޖޫރިމަނާ އަރަމުންދާނެ ކަމުގައި ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމުގައި އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ބުނެ ހުށަހަޅާފައިވާ ނުކުތާތަކުގައިވެސް، ހައިކޯޓުގެ ނިންމުން ބިނާވި ސަބަބުތައް ކަމުގައި އެފަރާތަށް ފެންނަ ކަންކަން ފާހަގަކުރުމަށްފަހު، އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ތަފްސީލުކޮށްދީފައިވަނީ ސިވިލް ކޯޓުގެ ނިންމުންތަކުގެ އިބާރާތާއި ހަވާލާދީ، އޭގެން އެފަރާތަށް ދޭހަވާ މާނައެވެ.21 ހައިކޯޓުގެ ނިންމުން ޤާނޫނާއި ޚިލާފުވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ނުވަތަ ހައިކޯޓުން ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ހަދާފައިވާ ގޯހެއް އެ ނުކުތާތަކުގެ ތެރޭގައި ހުށަހަޅާފައިވާ ކަމަށް އަހުރެންނަށް ނުފެނެއެވެ.
22ޕްރިސިޑެންސް 1ސިވިލް ކޯޓުގެ ނަންބަރު 1426/Cv-C/2014 މައްސަލައިގެ ނިންމުމުގައި ހަމަ ހަޤީޤަތުގައިވެސް އޮތީ ފައިސާ ދައްކަން ދިން 12 (ބާރަ) މަސްދުވަހުގެ މުއްދަތަށްފަހު އިންޓަރެސްޓާއި ޖޫރިމަނާ ނާރާ ގޮތަށްކަން ނުވަތަ ނޫންކަން ބަލަން ވިސްނާއިރު، މި މައްސަލައަކީ ސިވިލް ކޯޓުގެ ނަންބަރު 2875/Cv-C/2020 ޤަޟިއްޔާ އާއި، އެ ކޯޓުގެ ނަންބަރު 3290/Cv-C/2021 ޤަޟިއްޔާއަށް ހަވާލާދީ ސިވިލް ކޯޓުން ނެރެފައިވާ އަމުރެއް އިސްތިއުނާފުކޮށްފައިވާ މައްސަލަ ކަމުގައިވެފައި، މިއީ، ސިވިލް ކޯޓުގެ ނަންބަރު 1426/Cv-C/2014 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ މައްސަލައެއް ނޫންކަމުން، އެ ބަހުސްގެ ތެރެއަށް މި މައްސަލައިގެ ތެރެއިން ވަނުމަކީ އެންމެ އެކަށޭނަ ގޮތް ކަމުގައި އަހުރެން ނުދެކެމެވެ. އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ހުށަހެޅުމުގައި ފާހަގަކޮށްފައިވާ ފަދައިން، ދަށުކޯޓުން ކުރާ ޙުކުމަކީ ޤާނޫނާއި ގަވާއިދާ އެއްގޮތް ނުވާ ނުވަތަ އެ ޙުކުމުން ޙައްލެއް ލިބެންޖެހޭ ކަމަކަށް ހައްލެއް ނުވަތަ ޖަވާބެއް ލިބިފައި ނުވާ ޙުކުމެއް ކަމުގައި ވާނަމަވެސް، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ތަރުތީބުވެފައިވާ ގޮތުން އެފަދަ މައްސަލައެއްގެ ޙުކުމް ބަދަލުކުރެވޭނީ އިސްތިއުނާފުކޮށްގެންނެވެ.22
23ޕްރިސިޑެންސް 2އެހެންކަމުން، މި އިސްތިއުނާފީ ނުކުތައާ ގުޅިގެން ދެން ބަލަންޖެހޭ ކަމަކީ ހައިކޯޓުގެ ނިންމުމަކީ ސުޕްރީމް ކޯޓުގެ ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. މަޢުރޫފާ އަބޫބަކުރު 23 މައްސަލައިގައި ތަންފީޒީ މައްސަލަތައް ބެލުމަށް އެ މައްސަލައިން ދީފައިވާ އިރުޝާދުގެ އިމުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަން ނުވަތަ ނޫންކަމެވެ. މި ނުކުތާއަށް އެއްޗެއް ބުނަން ބަލާއިރު، ކްރެޑިޓް ފެސިލިޓީތަކާއި ގުޅިގެން ފައިސާ ދައްކަން ޙުކުމްކުރި މައުޟޫޢީ މައްސަލަތަކުގައި24 ބަޔާންކޮށްފައިވާ ކަންކަމުގެ ބޭރުން އިސްތިއުނާފުކޮށްފައިވާ ކޯޓު އަމުރުން25 އިލްތިޒާމުތަކެއް މަތިކޮށްފައިވާ ކަމުގައި އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ބަޔާންކުރާއިރު، ސިވިލް ކޯޓުގެ އެ އަމުރަކީ ޙުކުމް ތަންފީޒުކުރުމަށް ހިންގުނު އެ ކޯޓުގެ ނަންބަރު
2875/Cv-C/2020 އަދި 3290/Cv-C/2021 ޤަޟިއްޔާއަށް ހަވާލާދީ ނެރެފައިވާ ކޯޓު އަމުރެކެވެ. އެއީ ޙުކުމް ތަންފީޒުކުރުމަށް ހިންގުނު މައްސަލަތަކުގެ އާޚިރު ނިންމުމެއް ނޫނެވެ. އެހެންކަމުން، ޙުކުމް ތަންފީޒުކުރުމަށް ހިންގުނު ބުނެވުނު ދެ މައްސަލައިގެ26 ނިންމުމަށް ބެލުމެއްނެތި، އެ މައްސަލަތަކަށް ހަވާލާދީ ނެރެފައިވާ ކޯޓު އަމުރެއްގެ މައްޗަށް ގޮތް ކަނޑައެޅުމުގައި ވަރަށް ފަރުވާތެރިވާންޖެހޭ ކަމުގައި އަހުރެންދެކެމެވެ.
24ކަން އޮތީ މިފަދައިން ކަމުގައިވެފައި، އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ހުށަހަޅާފައިވާ
މި އިސްތިއުނާފީ ނުކުތާގައި ހައިކޯޓުގެ ނިންމުން ޤާނޫނާއި ފުށުއަރާގޮތެއް ބަޔާންކޮށްދީފައިނުވާތީ، މި އިސްތިއުނާފީ ނުކުތާގެ ތެރެއިން ހުށަހަޅާފައިވާ ކަމަށް ރިޢާޔަތްކޮށް ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަމުގައި އަހުރެން ނުދެކެމެވެ.
ދެވަނަ އިސްތިއުނާފީ ނުކުތާ
25ސިވިލް ކޯޓުގައި ހިންގި މާވެލާވަރު ވިއްކުމުގެ މައްސަލަ27 އަކީ ބޭންކަކުން ދޫކޮށްފައިވާ ލޯނުތަކަކާއި ގުޅިގެން ރަހުނުކޮށްފައިވާ މުދާ ބޭންކާއި ހަވާލުކުރުމުން ލޯނު އެއްބަސްވުމުގެ ދަށުން އަރަމުންދިޔަ އިންޓަރެސްޓާއި ޖޫރިމަނާ ފައިސާ ނެގުން ނިމޭނެ ކަމަށް ކަނޑައަޅާފައިވާ މައްސަލައެއް ކަމުގައިވާއިރު، މި މައްސަލައަށް ވެސް އެ އުސޫލު ތަޠުބީޤުކުރަންޖެހޭ ކަމުގައި އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ހުށަހަޅާފައިވެއެވެ. އަދި މި ނުކުތާ ހައިކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައިވާ ހައިކޯޓުގެ ނިންމުމުގައި:
25.1. އެއްގޮތް މައްސަލަތަކުގައި އެއް މަރުހަލާއެއްގެ ކޯޓަކުން އެއް ގޮތަކަށް ޢަމަލުކުރުމަކީ ލާޒިމު ކަމެއް ނޫންކަމުގައާއި؛
25.2. މާވެލާވަރު ވިއްކުމުގެ މައްސަލައާއި މި މައްސަލައިގައި ހިމެނޭ މުޢާމަލާތްތަކުގައި ހިމެނޭ އެއްބަސްވުންތަކާއި، މައްސަލައިގެ ހާލަތާއި، އެކުލެވޭ މުޢާމަލާތާއި، މައްސަލައިން މެދުވެރިވާ ގޮތް އެއްގޮތްނަމަ، ދެ މައްސަލައިގެ ވާޤިޔާތަކުގެ ފަރަޤެއް ނެތްކަން ބަޔާންކޮށްދިނުމުގެ ޒިންމާއަކީ އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ބަޔާންކޮށްދޭންޖެހޭ ކަމެއް ކަމުގައިވާއިރު، އޭނާގެ ފަރާތުން އެފަދައިން ކަންކޮށްފައި ނުވާކަމުގައި ބަޔާންކޮށްފައި ވާތީއާއި؛
25.3. ސިވިލް ކޯޓުގައި ހިންގި މާވެލާވަރު ވިއްކުމުގެ މައްސަލަ28 އިގެ އިސްތިއުނާފު ހައިކޯޓުގައި ހިނގަމުންދާކަން މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަހުން އެނގެން އޮތް ކަމަށާއި؛
25.4. މާވެލާވަރު ވިއްކުމުގެ މައްސަލައިގައި 1999 ވަނަ އަހަރު މިނިސްޓްރީ އޮފް ޖަސްޓިސްއިން އާންމު ކޮށްފައިވާ ނަންބަރު 8/99 ސަރކިއުލަރއަށް ހަވާލާދީ، ރަހުނުކޮށްފައިވާ މުދާ ބޭންކާއި ހަވާލުކުރުމުން ލޯނު އެއްބަސްވުމުގެ ދަށުން އަރަމުންދާ އިންޓަރެސްޓާއި ޖޫރިމަނާ ފައިސާ ނެގުން ނިމޭނެ ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކީ 2008 ގައި އެ މައްޗަށް އަމަލުކުރަންފެށި ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރީގެ ސަރކިއުލަރ އެއްކަމުގައިވާތީ، ޤާނޫނީ ބާރު ނެތް ސަރކިއުލަރތަކުގެ ޤާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދޭ ހިނދު، މި މައްސަލައިގެ ތެރެއިން އެ ސަރކިއުލަރގެ ސައްޙަ ކަމާމެދު ގޮތް ނިންމަން ނުޖެހޭކަމުގައި؛
ހައިކޯޓުން ކަނޑައަޅާފައިވާ ކަމުގައި އިބްރާހީމް ޢަލީމަނިކު ބުނެއެވެ.
26ހައިކޯޓުން ފާހަގަކޮށްފައިވާ ފަދައިން، އެއްގޮތް މައްސަލަތަކުގައި އެއް މަރުހަލާއެއްގެ ކޯޓަކުން އެއް ގޮތަކަށް ޢަމަލުކުރުމަކީ ލާޒިމު ކަމެއް ނޫން ނަމަވެސް، ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުލްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް29 ޤަޟިއްޔާއަށް ހަވާލާދީ، ވާޤިޔާތައް އެއްގޮތް މައްސަލަތަކުގައި އަމަލުކުރަންވާނީ އެއްގޮތަށް ކަމަށާއި، އެ ނޫން ގޮތަކަށް އަމަލުކުރާނަމަ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ލާޒިމުކުރާ ފަދައިން ހަމަހަމަކޮށް ޤާނޫނު ހިންގުމުގެ ފުރުސަތު ބަންދުވެ ހަމަހަމަކަން ނެތް ކަމަށް ބެލެވުމުގެ ފުރުސަތު އުފެދި، އިންސާފު ޤާއިމުކުރެވޭ ކަމުގެ މައްޗަށް އޮންނަ އާންމު އިތުބާރު ގެއްލޭނެ ކަމުގައި އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ފާހަގަކުރެއެވެ.
27ހަމަ މިއާއެކު، މާވެލާވަރު ވިއްކުމުގެ މައްސަލައަށް ހަވާލާދީ އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ހައިކޯޓުގައި އެދުނީ އެ މައްސަލައިގައި އަމަލުކުރި ޤާނޫނީ އުސޫލު މި މައްސަލައަށް ތަޠުބީޤު ކުރަން ނޫންކަމުގައާއި، އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ހައިކޯޓުގައި ވަކާލާތުކޮށްފައިވާނީ
އެ މައްސަލައިގައި ތަޠުބީޤުކޮށްފައިވާ ގޮތަށް މި މައްސަލައިގައި ވެސް މިނިސްޓްރީ އޮފް ޖަސްޓިސްގެ ސަރކިއުލަރއަށް ހަވާލާދީ ނިންމާފައިވާ ނިންމުން ގޯސްކަމުގައި ކަމަށް އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ބުނެއެވެ.
28މި އިސްތިއުނާފީ ނުކުތާއަށް ރައްދުދެމުން އެސް.ބީ.އައިގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު1950/Cv-C/2019 ޤަޟިއްޔާއާ ގުޅިގެން އިސްތިއުނާފުކޮށްފައިވާ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިމިފައިވާ ކަމަށާއި، ހައިކޯޓުން
އެ މައްސަލަ ނިންމި އެ ކޯޓުގެ ނަންބަރު 2020/HC-A/78 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިހާރު އިސްތިއުނާފު ކޮށްފައިވާ ކަމަށާއި، ސިވިލް ކޯޓުގެ ނަންބަރު 1950/Cv-C/2019 ޤަޟިއްޔާއާ ގުޅިގެން ނެރުނު ރަހުނު ވިއްކާލުމުގެ އަމުރުގައި ހަވާލާދީފައިވާ މިނިސްޓްރީ އޮފް ޖަސްޓިސްގެ ސަރކިއުލަރ އަކީ ވުޖޫދުގައިވާ އެއްޗެއްކަން ހޯދިފައި ނުވާކަމަށާއި، ރަހުނު ވިއްކާލުމުގެ ހުއްދަ ދީފައިވާނަމަވެސް ރަހުނުގެ އަތުގެ ވެރިކަން ބަދަލުވެގެން ނުދާކަމަށާއި، ރަހުނު ވިއްކާލުމުގެ ހުއްދި ދިނުމުންވެސް، "ޕާމް ބީޗް އައިލެންޑް" އަށް ބޭންކުގެ ފަރާތުން ނޭރޭ ކަމަށާއި، އެހެންކަމުން ރަހުނުގެ ޕޮސެސަން ބަދަލުނުވާ ހާލަތެއްގައި ލޯނު އެކައުންޓް ބަންދުކުރެވެންދެން އެއްބަސްވުމުގައި ބަޔާންކުރާ އިންޓަރެސްޓާއި ޖޫރިމަނާ ހިނގާނެ ކަމަށް ބަޔާންކޮށްފައިވާއިރު، ރަހުނު ވިއްކާލުމުގެ ހުއްދަ ދޭ ހިސާބުން އިންޓަރެސްޓާއި ޖޫރިމަނާ ހިސާބުކުރުން ނިމުމަކަށް އަންނަންޖެހޭނެ ޤާނޫނީ ހަމައެއް ނޫންކަމުގައެވެ.
29އިބްރާހީމް ޢަލީމަނިކުގެ ފަރާތުން މި އިސްތިއުނާފީ ނުކުތާއާ ގުޅިގެން ވަކިވަކި ކަންތައްތަކެއް ފާހަގަކޮށްފައިވުމުން، އެކަންކަމަށް ވަކިވަކިން ބަލާންޖެހޭ ކަމުގައި ފެނެއެވެ. އަދި އެކަންކަމާމެދު އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމާއި، އެއިން ކޮންމެ ކަމާމެދު އަހުރެންގެ ރައުޔު ތިރީގައި ހިމަނަމެވެ.
މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު 8/99 ސަރކިއުލަރ
30މި ސަރކިއުލަރއާ ގުޅިގެން އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ކުރި އިސްތިއުނާފުގައި ފާހަގަކޮށްފައިވާ އެއް ކަމަކީ ހައިކޯޓުން ނަންބަރު 2021/HC-A/312 ޤަޟިއްޔާ ނިންމިއިރު، އެ މައްސަލައިގެ ތެރެއިން އެ ސަރކިއުލަރގެ ސައްޙަކަމާމެދު ގޮތް ނިންމަން ނުޖެހޭކަމުގައި ކަނޑައަޅާފައިވުމެވެ.
31ބުނެވުނު ސަރކިއުލަރއަކީ މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރީގެ ސަރކިއުލަރއެއްކަމުން އޭގެ ޤާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދޭކަމަށާއި، އިސްތިއުނާފުކޮށްފައިވާ އަމުރު30ގައި އެ ސަރކިއުލަރއަށް ހަވާލާދީފައިނުވާތީއާއި، އިސްތިއުނާފުކޮށްފައިވާ އަމުރަކީ މާވެލާވަރު ވިއްކުމުގެ މައްސަލަ31އިގެ ތެރެއިން ނެރެފައިވާ އަމުރެއް ކަމުގައިނުވާތީ، އަދި މާވެލާވަރު ވިއްކުމުގެ މައްސަލައިގެ އިސްތިއުނާފު އެހިނދުގައި ހައިކޯޓުގައި ހިނގަމުންދާތީ، އެ ސަރކިއުލަރގެ ޤާނޫނީ ހައިސިއްޔަތާމެދު އެހިނދުގައި ގޮތެއް ނިންމަން ނުޖެހޭ ކަމަށެވެ.
32އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ހައިކޯޓުގައި ކުރި އިސްތިއުނާފާއި ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފުގައި ސުވާލު އުފައްދާފައިވާ މައިގަނޑު ކަމަކީ ރަހުނު މުދާ ވިއްކުމުގެ ހުއްދަ ރަހުނު ހިފި ފަރާތަށް ލިބޭ ހިސާބުން ލޯނުތަކުގެ އިންޓަރެސްޓާއި ޖޫރިމަނާ އިތުރުވަމުން ދިއުމަށް ނިމުމެއް އަންނަން ޖެހޭކަން ކަމުގައި ވެފައި، އެކަން ކޯޓަށް ދައްކުވައި ދިނުމުގެ ގޮތުން މާވެލާވަރު ވިއްކުމުގެ މައްސަލައަށް ހަވާލާދީ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ސަރކިއުލަރއަށް ހަވާލާދީ ހުށަހެޅުންތައް ހުށަހަޅާފައިވަނީ އިބްރާހީމް ޢަލީމަނިކުގެ ފަރާތުންނެވެ.
33އަދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހައިކޯޓުން އެ ސަރކިއުލަރގެ ޤާނޫނީ ހައިސިއްޔަތާ މެދު ގޮތެއް ކަނޑައަޅާފައި ނުވުމުގެ ޝަކުވާ ކުރުމުގެ އިތުރުން، މާވެލާވަރު ވިއްކުމުގެ މައްސަލައާ ހަވާލާދީ ޤާނޫނު ތަޠުބީޤުކުރަންޖެހޭނީ ހަމަހަމައަށް (އެހެނީ، އެ މައްސަލައާ އެއްގޮތަށް މި މައްސަލައިގައިވެސް ލޯނުތަކުގެ އިންޓަރެސްޓާއި ޖޫރިމަނާއަށް ހުއްޓުމެއް އަންނަންޖެހޭ ކަމަށް) ކަމަށް ބުނުމާއެކު، މާވެލާވަރު ވިއްކުމުގެ މައްސަލައިގައި އެ ސަރކިއލަރ ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައިވެސް އިބްރާހީމް އަލީމަނިކުގެ ފަރާތުން ބުނެއެވެ.
34ޕްރިސިޑެންސް 4މި ސަރކިއުލަރއަކީ އިސްތިއުނާފުކޮށްފައިވާ އަމުރުގައި ފާހަގަކޮށްފައިވާ ސަރކިއުލަރއެއް ނޫނެވެ. އެހެންކަމުން، އިބްރާހީމް ޢަލީމަނިކަށް އެ ސަރކިއުލަރ ތަޠުބީޤުކުރުމުން ލިބޭނެ މަންފާ ނުލިބިގެން އެކަން ހައިކޯޓަށް ހުށަހެޅީ އެ ފަރާތުންނެވެ. އެ ހާލަތުގައި، އެއީ އިސްތިއުނާފުކޮށްފައިވާ ދަށުކޯޓުގެ ނިންމުން އޭގެ މައްޗަށް ބިނާވެފައިވާ ސަރކިއުލަރއެއް ނޫންކަމުން، އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފުކުރުމުގައި އެ ނުކުތާ ހުށަހަޅާފައިވުމަކީ ހައިކޯޓުން
އެ ސަރކިއުލަރގެ ޤާނޫނީ ހައިސިއްޔަތާ މެދު ގޮތް ކަނޑައަޅަންޖެހޭ ހާލަތެއް ކަމުގައި އަހުރެން ނުދެކެމެވެ.
35މީގެ އިތުރުން، އިސްތިއުނާފުކޮށްފައިވަނީ ތަންފީޒީ މައްސަލަތަކެއްގެ ތެރެއިން ނެރެފައިވާ ކޯޓު އަމުރެއްކަން ފާހަގަކޮށް، އިބްރާހީމް ޢަލީމަނިކުގެ ފަރާތުން އެ ސަރކިއުލަރގެ މަންފާ ހޯދުމަށް އެދޭނަމަ، އެއީ މި މައްސަލައިގައި އިސްތިއުނާފުކޮށްފައިވާ އަމުރާގުޅޭ ކަންކަން އިސްތިއުނާފުކުރުމުގެ ތެރެއިން ކުރަންޖެހޭ އަދި ކުރެވޭނެ ކަމެއް ނޫންކަންވެސް ފާހަގަކުރަމެވެ.
ވާޤިޔާތައް އެއްގޮތް މައްސަލަ އެއްގޮތް ނިންމުން
36ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުލްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް32 ޤަޟިއްޔާއަށް ހަވާލާދީ، އެއްގޮތް މައްސަލަ ނިންމަންޖެހޭނީ އެއްގޮތަށްކަމަށާއި، އެހެން ނޫންނަމަ ޤާނޫނުއަސާސީން ލިބިދީފައިވާ ރައްކާތެރިކަމަށާއި އިންސާފު ޤާއިމުކުރެވޭ ކަމުގެ މައްޗަށް އޮންނަ އިތުބާރަށް އަސަރުކުރާނެ ކަމުގައި އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ބުނެއެވެ. މިއީ މާވެލާވަރު ވިއްކުމުގެ މައްސަލައިގައި ތަޠުބީޤުކޮށްފައިވާ އިންޓަރެސްޓާ ޖޫރިމަނާ ހުއްޓުވުމުގެ އުސޫލު މި އިސްތިއުނާފީ މައްސަލައަށް ތަޠުބީޤުކޮށްފައި ނުވުމުން ހުށަހަޅާފައިވާ ނުކުތާއެކެވެ.
37އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ހައިކޯޓުގައިވެސް އިބްރާހީމް ޢަބްދުލްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް އަށް ހަވާލާދީ، މާވެލާވަރު ވިއްކުމުގެ މައްސަލައިގައި ހިމެނޭ އުސޫލުތައް މި މައްސަލައަށް ތަޠުބީޤުކުރަންޖެހޭނެ ކަމަށް ބަޔާންކުރުމުން، އެ ނުކުތާއަށް ގޮތް ކަނޑައަޅަމުން، އިބްރާހީމް ޢަބްދުލްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް މައްސަލައިން ކަނޑައަޅާފައިވާ އުސޫލު ބަޔާންކުރުމަށްފަހު، ހަމަ އެ މައްސަލައިގައި per incurium ނިންމުންތަކަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި އެ މައްޗަށް އަމަލުކުރަންޖެހޭ ނިންމުންތަކެއް ނޫންކަން ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް [2021] SC 6033 މައްސަލައިގައި އެއްގޮތް މައްސަލަތަކަށް އެއް އުސޫލުތަކެއް ތަޠުބީޤުކުރުމުގެ ކުރިން ބަލަންޖެހޭ ކަމަށް ފާހަގަކޮށްފައިވާ ކަންކަމަށްވެސް ހައިކޯޓުން ރިޢާޔަތްކޮށްފައިވާކަން އެނގެން އޮވެއެވެ.34
38ހައިކޯޓުން މި ނުކުތާއާމެދު ނިންމާފައިވާ ގޮތް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން،
އެ ނިންމުމުގެ ސަބަބުން ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ލިބިދޭ ރައްކާތެރިކަމާއި އަދުލު އިންސާފު ޤާއިމުވާނެ ކަމުގެ މައްޗަށް މީހުންގެ މެދުގައި އޮންނަ އިތުބާރަށް އަސަރު ކުރާނެކަމުގައި އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، މި ނުކުތާގައި ހައިކޯޓުގެ ނިންމުން ޤާނޫނާއި ނުވަތަ ޤާނޫނީ އުސޫލަކާއި ތައާރުޒުވާގޮތެއް ބަޔާންކޮށް ތަފްސީލުކޮށްދީފައި ނުވެއެވެ.
39މީގެ އިތުރުން، ހަމަ މި ނުކުތާއާ ގުޅިގެން، މާވެލާވަރު ވިއްކުމުގެ މައްސަލައާއި މި މައްސަލައިގައި ހިމެނޭ މުޢާމަލާތްތަކުގައި ހިމެނޭ އެއްބަސްވުންތަކާއި، މައްސަލައިގެ ހާލަތާއި، އެކުލެވޭ މުޢާމަލާތާއި، މައްސަލައިން މެދުވެރިވާ ގޮތް އެއްގޮތްނަމަ، ދެ މައްސަލައިގެ ވާޤިޔާތަކުގެ ފަރަޤެއް ނެތްކަން ބަޔާންކޮށްދިނުމުގެ ޒިންމާއަކީ އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ބަޔާންކޮށްދޭންޖެހޭ ކަމެއް ކަމުގައި ހައިކޯޓުން ކަނޑައަޅާފައިވާ ކަމަށް ބުނެ އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެކަން ފާހަގަކޮށްފައިވެއެވެ. އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ބަޔާންކުރާ ގޮތުން، މައްސަލައިގެ ޚަސްމަކު ޝަރީޢަތުގައި ފާހަގަކުރާ ނިންމުމެއް މައްސަލައަކަށް ތަޠުބީޤު ނުކުރާނަމަ، އެ ފަދައިން އެ މައްސަލައިގެ ތެރޭގައި ހުށަހެޅި ކަންކަން ތަޠުބީޤުކޮށްފައި ނުވަނީ ކީއްވެކަން ބަޔާންކުރުމަކީ ޝަރީޢަތުން ކުރަންޖެހޭ ކަމެކެވެ. އަދި އިބްރާހީމް ޢަބްދުލްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައިވެސް، އެކަން ހުށަހަޅާ ފަރާތުން އެކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭ ކަމުގައި ބަޔާންކޮށްފައިނުވާ ކަމަށް އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ބުނެއެވެ.
40މި މައްސަލައަށް ބަލާއިރު، ކުރިންވެސް ފާހަގަކޮށްފައިވާ ފަދައިން، އިސްތިއުނާފުކޮށްފައިވާ އަމުރުގައި މާވެލާވަރު ވިއްކުމުގެ މައްސަލައަށް ނުވަތަ އިންޓަރެސްޓާ ޖޫރިމަނާ ހުއްޓުވުމުގެ އުސޫލަށް ހަވާލާދީފައިނުވެއެވެ. އެ އުސޫލަކީ އަމުރާމެދު ގޮތް ކަނޑައެޅުމުގައި ތަޠުބީޤުކުރަންޖެހޭ އުސޫލެއްކަމުގައި ބުނެ، އެކަން ހައިކޯޓަށް އަދި އެއަށްފަހު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އިބްރާހީމް ޢަލީމަނިކުގެ ފަރާތުންނެވެ.
41ޕްރިސިޑެންސް 5ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ35 މައްސަލައިން ފެށިގެން ގިނަ ނިންމުންތަކެއްގައި36 ކޯޓުގެ ކުރިމައްޗަށް ހުށަހަޅާ ދަޢުވާ ނުވަތަ ދަފްޢު ސާބިތު ކުރުމުގެ ބުރައަކީ (burden of proof) ޢާންމު އުސޫލުން އަބަދުވެސް އެ ހުށަހެޅުމެއް ހުށަހަޅާ ފަރާތުން އުފުލަންޖެހޭ ބުރައެއް ކަމުގައާއި، ދަޢުވާގެ ދިފާއުގައި ކުރިމަތިކުރާ ދަފްޢުތަކަކީ ދަޢުވާ ލިބޭ ފަރާތުން ސާބިތު ކުރުމުގެ ބުރަ އުފުލަންޖެހޭ ދަފްޢުތަކެއް ކަމުގައި ސުޕްރީމް ކޯޓުން ކަނޑައަޅައި، އެ އުސޫލު ނަގަހައްޓާފައިވެއެވެ.
42މި ހާލަތުގައި، އިބްރާހީމް ޢަބްދުލްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް މައްސަލައަށް ހަވާލާދީ މާވެލާވަރު ވިއްކުމުގެ މައްސަލަ ނުވަތަ އިންޓަރެސްޓާ ޖޫރިމަނާ ހުއްޓުވުމުގެ އުސޫލު އިސްތިއުނާފުކޮށްފައިވާ އަމުރާއި ގުޅިގެން ތަޠުބީޤުކުރަންޖެހޭ ކަމުގައި ފެންނަނަމަ، މި އަމުރާ ގުޅޭ މައްސަލައާއި މާވެލާވަރު ވިއްކުމުގެ މައްސަލައަކީ އެއް ބާވަތެއްގެ ދެ މައްސަލަކަން ސާބިތުކޮށްދިނުމުގެ ބުރައަކީ އެކަން ހުށަހެޅި ފަރާތުގެ ހައިސިއްޔަތުން އިބްރާހީމް ޢަލީމަނިކުގެ ފަރާތުން އުފުލަންޖެހޭ ބުރައެކެވެ.
43ޕްރިސިޑެންސް 6ކޯޓެއްގައި މައްސަލަތައް ކުރިއަށް ދާއިރު، ވަކިގޮތަކަށް ކަންހިނގަންޖެހޭ ކަމަށް ބަޔާންކޮށް މައްސަލައަކަށް ނުވަތަ އުސޫލަކަށް ހަވާލާދިނުމުން ފުދޭކަމުގައި ދެކުމަކީ ކުށްހީއެކެވެ. އަދި އެފަދައިން ހަވާލާދޭ މައްސަލައެއް ނުވަތަ އުސޫލެއް ހިނގަމުންދާ މައްސަލައަށް ތަޠުބީޤުކުރަންޖެހޭ ސަބަބެއް ބަޔާންކޮށްދިނުމަކާއި ނުލައި، އެފަދައިން ހުށަހަޅާ ހުށަހެޅުމެއް ކޯޓުން ތަޠުބީޤު ނުކުރާނަމަ، އެފަދައިން ތަޠުބީޤު ނުކުރި ސަބަބު ބަޔާންކުރަން ޖެހޭކަމުގައި ބަޔާންކުރުމަކީ ޤާނޫނީ އުސޫލުތައް ތަޠުބީޤުކުރާގޮތް ދެނެގަތުމުގައި އަރާފައިވާ އޮޅުމެއް ކަމުގައި އަހުރެން ދެކެމެވެ.
44އިސްތިއުނާފީ ނުކުތާއާ ގުޅިގެން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، ހައިކޯޓުގެ ނިންމުން ޤާނޫނާއި ފުށުއަރާގޮތެއް އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ބަޔާންކޮށްދީފައިނުވާތީ، އެ ނުކުތާއާ މެދު ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަމުގައި އަހުރެން ނުދެކެމެވެ.
ނިންމަން ފެންނަ ގޮތް
45އިސްވެ ބަޔާންކުރި ކަންކަން އެފަދައިން ހުރުމުން، ހައިކޯޓުގެ ނަންބަރު 2021/HC-A/312 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފުކުރުމަށް އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ހައިކޯޓުގެ އެ ނިންމުން ބަދަލުކުރަންޖެހޭ ކަމުގައި އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
46މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
47މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރި ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، ހައިކޯޓުގެ ނަންބަރު 2021/HC-A/312 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބަލާނެ ތަނެއް ނެތް ކަމުގައި ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: އަޒްމިރާލްދާ ޒާހިރު ޢާއިޝާ ޝުޖޫން މުޙައްމަދު މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)
1
2 މި މައްސަލައިގައި އިސްތިއުނާފުކޮށްފައިވާ އަމުރާގުޅޭ ޤަޟިއްޔާތައް ބެލުމުން، އެ ޤަޟިއްޔާތަކަކީ އެސް.ބީ.އައިގެ ފަރާތުން އެކި ބާވަތްތަކުގެ ކްރެޑީޓް ފެސިލިޓީ ދޫކޮށް، އެއްބަސްވެފައިވާ ފަދައިން އެ ފެސިލިޓީތަކަށް ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން ހުށަހަޅާފައިވާ މައްސަލަތަކެއް ކަމުގައިވާއިރު، ބުނެވުނު (އެކި ބާވަތްތަކުގެ) ކްރެޑިޓް ފެސިލިޓީތަކަށް ހަވާލާދިނުމުގައި ދަށުކޯޓުންނާއި ހައިކޯޓުން ޖަމްޢުކޮށް 'ލޯނު' ބޭނުންކޮށްފައިވާތީ، މި މައްސަލައިގެ ތެރެއިންވެސް ބައެއް ހާލަތްތަކުގައި ކްރެޑިޓް ފެސިލިޓީތަކަށް ހަވާލާދީ 'ލޯނު' ބޭނުންކޮށްފައިވާނެކަން ފާހަގަކުރަމެވެ.
3 ރަޖިސްޓްރީ ނަންބަރު TRH-83
4 16 ސެޕްޓެންބަރު 2003 ގައި މޮނާޒާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ސްޓޭޓް ބޭންކް އޮފް އިންޑިއާއާ ދެމެދުވެފައިވާ
“Letter of Mortgage and Hypothecation” އެއްބަސްވުން.
5 ސިވިލް ކޯޓުގެ ނަންބަރު 144-B5-Cr-1/CA/2021/27 (06 ޖަނަވަރީ 2021) އަމުރު.
6 ސިވިލް ކޯޓުގެ ނަންބަރު 144-B5-Cr-1/CA/2021/765 (05 އޭޕްރީލް 2021) އަމުރު.
7 16 ސެޕްޓެންބަރު 2003 ގެ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ “Advances Working Capital facilities” އާއި 16 ސެޕްޓެންބަރު 2003 ގައި ދެ ފަރާތުގެ މެދުގައި ވެފައިވާ “Agreement for the Mortgage of Palm Beach Island” އާއި 09 ފެބްރުވަރީ 2004 ގެ ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ “Advances Working Capital facilities” 09 ފެބްރުވަރީ 2004 ގައި ގާޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑްއާ ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި ދެމެދުވެފައިވާ “Letter of Mortgage and Hypothecation” އެއްބަސްވުން.
8 މާލެ، މ.ވެލިދޫގެ މުޙައްމަދު ނަޢީމްއާއި؛ މާލެ، މ.މާލިމީގެ، ޚަދީޖާ ޙަސަންއާއި؛ މާލެ، މއ.ނޫރީ، އިބްރާހީމް ޢަލީމަނިކު.
.
9 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/03/SC ސަރކިއުލަރ
10 ސިވިލް ކޯޓުގެ ނަންބަރު 155-B5-Cr-1/CA/2021/766 ކޯޓު އަމުރު (5 އޭޕްރީލް 2021).
11 މީގެ އިތުރުން، 06 އެޕްރީލް 2021 އިން ފެށިގެން ހިނގާ 3 (ތިނެއް) މަސްދުވަހުގެ މުއްދަތުގައި ރަހުނު ވިއްކާލުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި އެސް.ބީ.އައި ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށް ރިސޯޓަށް އަރައި ފޭބުމުގައި، ނުވަތަ ގަންނަ ފަރާތާއި ރަހުނު މުދާ ހަވާލު ކުރުމުގައި، ނުވަތަ ރަހުނު ވިއްކާލުމާއި ގުޅިގެން ރަހުނު ކޮށްފައިވާ މުދަލުގެ މައްޗަށް ޙައްޤެއް ނެތް ފަރާތްތަކުން ރިޒޯޓުން ފައިބައި، ގަންނަ ފަރާތާއި ރިޒޯޓް ހަވާލުކުރުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ރިޒޯޓްގެ ވެރި ފަރާތަށާއި، ލޯނު ނެގި ފަރާތަށާއި، ފެސިލިޓީއަށް ޔަޤީންކަން ދިން ފަރާތްތަކަށާއި، ރިޒޯޓްގެ މެނޭޖްމަންޓަށް އެންގުމާއެކު، އެ ކަންކަން ކުރުމަށް ހުރަސްއަޅާނަމަ، އެ ކަންކަން ކުރުމުގެ މަގު ފަހިކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް މި އަމުރުގައި ސިވިލް ކޯޓުން އަމުރުކޮށްފައިވާކަން ފާހަގަކުރަމެވެ.
12 ސިވިލް ކޯޓުގެ ނަންބަރު 809144-B5-Cr-1/CA/2021/ ކޯޓު އަމުރު (29 އޭޕްރީލް 2021).
13 ސިވިލް ކޯޓުގެ ނަންބަރު 2875/Cv-C/2020 ޤަޟިއްޔާ އަށާއި، އެ ކޯޓުގެ ނަންބަރު 3290/Cv-C/2021 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން، މި ދެ ޤަޟިއްޔާގެ ރިޕޯޓުގައިވެސް އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ އަމުރު ހިމަނާފައިވާކަން ފާހަގަވެއެވެ. އެހެންކަމުން، އެ އަމުރަކީ ބުނެވުނު ދެ މައްސަލަ އެކުގައި ހިންގުމަށްފަހު ނެރެފައިވާ އަމުރެއް ކަމުގައި ބުރަވެވެއެވެ.
14 އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ހައިކޯޓުގައި އެ އަމުރު އިސްތިއުނާފު ކުރުމުގެ ގޮތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.
(1) މި މައްސަލައިގެ ނިންމުމަކީ ސިވިލް ކޯޓުގެ ނަންބަރު 1950/Cv-C/2019 މައްސަލައިގައި ނިންމާފައިވާ ގޮތާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުން، މި ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ އަދި ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2) އާ ޚިލާފަށް ނިންމާފައިވާ މައްސަލައެއްކަން؛
(2) އެސް.ބީ.އައިގެ ފަރާތުން އެފަދައިން ބަޔާންކޮށްފައި ނުވަނީސް، ރަހުނު ވިއްކާލާފައިނުވަނީ އެކަމަށް އެއްބާރުލުން ލިބިފައިނުވާތީކަން ލިޔެކިޔުމުން އެނގެން އޮތް ކަމުގައި ބަޔާންކޮށް، ޤާޟީގެ އަމިއްލަ ވިސްނުމަކުން، ޝަރީއަތް ހިންގުމުގެ ނިޒާމާއި ޚިލާފަށް ނިންމުން ނިންމާފައިވުން؛
(3) 6 އޭޕްރީލް 2021 ގައި ސިވިލް ކޯޓުން ނެރެފައިވާ އަމުރަކީ 6 ޖަނަވަރީ 2021 ގައި އެ ކޯޓުން ނެރުނު އަމުރުގެ މުއްދަތު އިތުރުކުރުމުގެ ގޮތުން ނެރެފައިވާ އަމުރެއް ކަމުގައިވާއިރު، 6 ޖަނަވަރީ 2021 އާ ހަމައަށް އިންޓަރެސްޓް ނުހުއްޓުވާ 6 އޭޕްރީލް 2021 އިން ފެށިގެން އިންޓަރެސްޓް ހުއްޓާގޮތަށް ނިންމާފައިވަނީ ކޮން އަސާސެއްގެ މައްޗަށްކަން އެނގެން ނެތްކަން؛ އަދި
(4) މި އަމުރަކީ މައްސަލައިގެ ޝަރީޢަތުގެ މަޖިލީހެއް ބޭއްވުމަކާ ނުލައި ނެރެފައިވާ އަމުރެއް ކަމުގައިވާތީ، އެ އަމުރަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް ނެރެފައިވާ އަމުރެއްކަން.
15 ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/07 ޤަޟިއްޔާ
16 ހައިކޯޓުގެ ނަންބަރު 2020/HC-A/78 ޤަޟިއްޔާ.
މިއީ ސިވިލް ކޯޓުގެ ނަންބަރު 1950/Cv-C/2019 ޤަޟިއްޔާގެ ތެރެއިން އެ ކޯޓުން ނެރެފައިވާ "ރަހުނު ވިއްކާލުމުގެ ހުއްދަ" ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލި މައްސަލައެވެ.
17 ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ޤަޟިއްޔާ
18 ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/07 ޤަޟިއްޔާ
19 ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/74 ޤަޟިއްޔާ
20 ސިވިލް ކޯޓުގެ ނަންބަރު 1426/Cv-C/2014 ޤަޟިއްޔާ
21 ހައިކޯޓުގެ ނަންބަރު 2021/HC-A/312 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު" ގެ 9 ވަނަ ސަފުހާއިން 12 ވަނަ ސަފުހާއަށް.
22 ސުޕްރީމް ކޯޓުގެ އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑް (ނަންބަރު 2019/SC-A/74 ޤަޟިއްޔާ)
23 ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/07 ޤަޟިއްޔާ
24 ސިވިލް ކޯޓުގެ ނަންބަރު 147/Cv-C/2014 ޤަޟިއްޔާ އަދި ނަންބަރު 1426/Cv-C/2014 ޤަޟިއްޔާ.
25 ސިވިލް ކޯޓުގެ ނަންބަރު 809144-B5-Cr-1/CA/2021/ ކޯޓު އަމުރު (29 އޭޕްރީލް 2021).
26 ސިވިލް ކޯޓުގެ ނަންބަރު 2875/Cv-C/2020 ޤަޟިއްޔާ އަދި ނަންބަރު 3290/Cv-C/2021 ޤަޟިއްޔާ.
27 ސިވިލް ކޯޓުގެ ނަންބަރު 1950/Cv-C/2019 ޤަޟިއްޔާ
28 ސިވިލް ކޯޓުގެ ނަންބަރު 1950/Cv-C/2019 ޤަޟިއްޔާ
29 ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ޤަޟިއްޔާ
30 ސިވިލް ކޯޓުގެ ނަންބަރު 809144-B5-Cr-1/CA/2021/ ކޯޓު އަމުރު (29 އޭޕްރީލް 2021).
31 ސިވިލް ކޯޓުގެ ނަންބަރު 1950/Cv-C/2019 ޤަޟިއްޔާ
32 ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ޤަޟިއްޔާ
33 ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/28 ޤަޟިއްޔާ
34 ހައިކޯޓުގެ ނަންބަރު 2021/HC-A/312 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ތިޕޯޓުގެ ޕެރެގްރާފް 36 އިން 39 އަށް.
35 ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
36 ސުޕްރީމް ކޯޓުގެ މުޙައްމަދު މަނިކު ވ. މުޙައްމަދު ޢަލީ ޖަނާހް (ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/48 ޤަޟިއްޔާ) އާއި، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް )ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/28 ޤަޟިއްޔާ( އާއި، ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު (ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53 ޤަޟިއްޔާ) އަދި މިނޫންވެސް މައްސަލަތައް.
2019/SC-A/300 [2021] SC 778
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 20ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143ވަނަ މާއްދާގެ (ރ)
- މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު 8/99 ސަރކިއުލަރ
- ސުޕްރީމް ކޯޓުގެ ޙުކުމް ތަންފީޒުކުރުމާބެހޭ ނަންބަރު SC/2015/03 ސަރކިއުލަރ
- ސުޕްރީމް ކޯޓުގެ 2019/SC-A/47 (އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2019/SC-A/07 (ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. މަޢުރޫފާ އަބޫބަކުރު)
- ސުޕްރީމް ކޯޓުގެ 2019/SC-A/15 (އިބްރާހީމް ޢަބްދުލްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް)
- [2021] SC 60 (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2010/SC-A/20 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ)
- ސުޕްރީމް ކޯޓުގެ 2011/SC-A/48 (މުޙައްމަދު މަނިކު ވ. މުޙައްމަދު ޢަލީ ޖަނާހް)
- ސުޕްރީމް ކޯޓުގެ 2013/SC-A/28 (އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2013/SC-A/53 (ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު)
- ހައިކޯޓުގެ 2020/HC-A/78 (އަތަމާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އަދި 3 ފަރާތެއް ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ އަދި 3 ފަރާތެއް – މާވެލާވަރު ވިއްކުމުގެ މައްސަލަ)
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ. އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު
- ރިޔާސަތު
- ޑރ. އަޒްމިރާލްދާ ޒާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢާއިޝާ ޝުޖޫން މުޙައްމަދު · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 12 ޖުލައި 2023 · ރަޖިސްޓްރީކުރީ 30 ޖުލައި 2023 · ނިމުނީ 13 ފެބުރުއަރީ 2025 (18.5 މަސް)