ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/490
މުޢީން ޙަސަން ވ. ސިވިލް ސަރވިސް ކޮމިޝަން، 2022/HC-A/490
Mueen Hassan v. Civil Service Commission 2022/HC-A/490 (2022/HC-A/490, High Court of the Maldives, 22 January 2025)
މުޢީން ޙަސަން ވ. ސިވިލް ސަރވިސް ކޮމިޝަން
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކިކުރީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ފަދަ ޙާލަތެއްގައި އެކަށީގެންވާ ސަބަބަކާހުރެ ކަމަށާއި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް ނިންމިއެވެ. ސަސްޕެންޝަނާބެހޭ ވަކި މައްސަލައެއް (78/VTR/2022) ގައި ސަސްޕެންޝަން ޤާނޫނާ އެއްގޮތްކަމަށް ނިންމާފައިވިއެވެ.
ސްކޫލެއްގެ ޓީޗަރަކު، ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތާ ގުޅިގެން ތަކުރާރުކޮށް އޮފީހަށް ނުކުތުން މަނާކުރުމަށްފަހު، ފުލުހުންނާއި ޕީޖީން ޖިނާއީ ދަޢުވާއަށް ހެކި ނެތްކަމަށް އެންގި ނަމަވެސް، ސިވިލް ސަރވިސް ކޮމިޝަނުން 19 އެޕްރީލް 2022 ގައި ވަޒީފާއިން ވަކިކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން 12 ނުކުތާއިން ބުނީ ތަކުރާރު ސަސްޕެންޝަނާއި ތަޙްޤީޤުގެ އިޖުރާއަތުގެ މައްސަލަތަކަށް ޓްރައިބިއުނަލުން ރިޢާޔަތް ނުކުރާކަމަށެވެ. ކޮމިޝަނުން ބުނީ ނުކުތާތައް ބިނާވެފައިވަނީ އިސްތިއުނާފު ނުކުރާ 78/VTR/2022 ގެ ނިންމުމަށް ކަމަށާއި ޤާނޫނީ ބަހުސެއް ނުއުފައްދާ ކަމަށެވެ.
މައިގަނޑު ސުވާލު
ވަޒީފާއިން ވަކިކުރުމާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި 124/VTR/2022 ގެ ނިންމުމަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތައް، އިސްތިއުނާފު ނުކުރާ ސަސްޕެންޝަނާބެހޭ 78/VTR/2022 ގެ ނިންމުމަށް ބިނާވެފައިވާއިރު، އެ ނުކުތާތަކަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ މިންވަރަށް ބަޔާންކޮށްފައިވާ ނުކުތާތަކެއްތޯ.
ނިންމި ގޮތް
އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި؛ ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
އިސްތިއުނާފު ފޯމުގައިވަނީ 124/VTR/2022 ގެ ނިންމުން އެކަނި ކަމަށާއި، ނުކުތާތަކުގައިވާ ކަންކަމަކީ އިސްތިއުނާފު ނުކުރާ 78/VTR/2022 ގައި ނިންމާފައިވާ ކަންކަން ކަމަށާއި، 124/VTR/2022 ގައި ވަކިކުރުން ނުރަނގަޅުވާ ގޮތަކާ ގުޅޭ ޤާނޫނީ ބަހުސެއް ނުއުފައްދާތީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- އިސްތިއުނާފު ކުރެވިފައިވާ ނިންމުމަކީ އިސްތިއުނާފު ފޯމުގައި (ނިމުނުގޮތުގެ ޚުލާޞާ އާއި މައްސަލައިގެ ނަންބަރުގައި) ބަޔާންކޮށްފައިވާ ނިންމުމެވެ؛ ފޯމުގައި ބަޔާންނުކުރާ އެހެން ނިންމުމެއް އިސްތިއުނާފުކުރިކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19، 23–26)
- އިސްތިއުނާފު ނުކުރާ ނިންމުމެއްގައި ކަނޑައަޅާފައިވާ ކަންކަމާމެދު، އެހެން ނިންމުމެއް އިސްތިއުނާފުކުރުމުން ބަލާ ޤަޟިއްޔާއެއްގައި ބަހުސްކޮށް ގޮތް ކަނޑައެޅުމަކީ އިސްތިއުނާފީ މައްސަލަތައް ބެލުމުގެ އުޞޫލުތަކާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27)
- އިސްތިއުނާފީ ނުކުތާތަކުގައި ދަށު ފަރާތުން ހަދާފައިވާ ގޯހަކީ ކޮބައިކަމާއި، އޭގެ ސަބަބުން ކުރިމަތިވި ބޭއިންސާފަކީ ކޮބައިކަމާއި، ރިޢާޔަތްކުރަންޖެހޭ ޤާނޫނީ އުޞޫލުތައް ބަޔާންކޮށް ޤާނޫނީ ބަހުސެއް ނުއުފައްދާނަމަ، އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ މިންވަރަށް ނުކުތާތައް ބަޔާންކޮށްދެވިފައިވާކަމަށް ނުބެލެވޭނެ ކަމަށާއި، އެފަދަ މައްސަލައެއް އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ކުރިއަށް ނުގެންދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28–29)
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލގް ނަންބަރު 124/VTR/2022 މައްސަލަ އިސްތިއުނާފުކުރުމަށް އެދި ރ.މަޑުއްވަރި/ ސީޕިޔާގެ، މުޢީން ޙަސަންގ ފަރާތުން ދިވެހިރާއްޖޭގެ ހައިކޓަށޯ ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކީ، ސިވިލް ސަރވިސް ކޮމިޝަނއެވެ.
2ރ.މަޑުއްވަރި / ސީޕިޔާގެ، މުޢީން ޙަސަން ރ.މަޑުއްވަރި ސްކޫލްގައ ވަޒީފި އަދާކުރަމުންދަނިކޮށް، 03 މާރިޗް 2021 ގައި އެ ސްކޫލްގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ސްކޫލްގެ ބެލެނިވެރިންގެ ފަރާތުން ހުށަހެޅުމާ ގުޅިގެން، 05 އެޕްރީލް 2021 އިން 04 މެއި 2021 އަށް މައްސަލައިގެ އިދާރީ ތަޙްޤީޤަށް 30 (ތިރީސް) ދުވަހުގެ މުއްދަތަށް މުސާރަ ލިބޭގޮތަށް އޮފީހަށަ ނުކުތުން މަނާކޮށްފައިވެއެވެ.
305 މެއި 2021 އިން 04 ޖޫން 2021 އަށް މައްސަލައިގެ އިދާރީ ތަޙްޤީޤު ކުރިއަށްދާތީ އިތުރު 30 (ތިރީސް) ދުވަހުގެ މުއްދަތަށް މުސާރަ ނުލިބޭ ގޮތަށް އޮފީހަށް ނުކުތުން މަނާ ކޮށްފައިވެއެވެ. މޢު ނ ޙަސަންގެ ބަޔާނެއް ތަޙްޤީޤަށް ނަގާފައިނުވާތީއާއި މައްސަލައިގެ ކަނޑައެޅިފައިވާ އިޖުރާއަތާއި ޚިލާފަށް ކަންތައް ހިނގަމުންދާތީ އޮފީހަށް ނުކުތުން މަނާކުރި މައްސަލަ އަލުން ބަލައިދިނުމަށް ސިވިލް ސަރވިސް ކޮމިޝަންގައި އެދުމުން، އޮފީހަށް ނުކުތުން މަނާކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ސިވިލް ސަރވިސްގެ ޤަވާއިދާ ޚިލާފަށް ކަމަށް ނުފެންނަ ކަމަށް ބަޔާންކޮށް ސިވިލް ސަރވިސް ކޮމިޝަންއިން ޖަވާބުދީފައިވެއެވެ. އައިޑީކާޑު ނަންބަރު […] ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު ER/INDIV/2021/117-188 ސިޓީ
404 ޖޫން 2021 އިން 03 ޖުލައި 2021 އަށް އިދާރީ ތަހްޤީޤަށް މޯލްޑިވްސް ޕޮލިސް ސރވިސްއިނަ ބޭނުންވާ މަޢުލޫމާތު ލިބިފައިނުވާތީއާއި، އިދާރީ ތަޙްޤީޤު ނިމިފައިނުވާތީ 30 ދުވަހުގެ މުއްދަތަކަށް މުސާރަ ނުލިބޭ ގޮތަށް އޮފީހަށް ނުކުތުން މަނާކޮށްފައިވެއެވެ.
5މައްސަލައި ގައި ނަގަންޖެހޭ އެންމެހައި ބަޔާންތަކާއި، ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދާ އިދާރީ ތަހްޤީޤު ނިމި ރިޕޯޓުވެސް ނިމި ފައިނަލް ކުރުމުގެ ކަންތައްތައް ކުރިއަށް ދާކަމުގައި އޮޑިޓް އެންޑް ކޮމްޕަލަޔަންސް ސެކްޝަނުން އަންގާފައިވާތީ، މިނިސްޓްރީ އޮފް އެޑިއުކޝަންގޭ ނަންބަރު D/22/2021/79-(SC)22 އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން ބާޠިލްކޮށް 28 ޖޫން 2021 އިން ފެށިގެން އޮފީހަށް ނުކުމެ ވަޒީފާއަދާކުރުމަށް ދަންނަވަނނ މިނިސްޓްރީއިން ނިންމާފައިވާކަމަށް 27 ޖޫން 2021 ގައި އަންގާފައިވެއެވެ.
6ސްކޫލްގެ ދަރިވަރަކަށ ޖިންސް ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައި ގައި ފުލުހުން ދެއްވާފައިވާ މަޢުލޫމާތަށް ބަލާއިރު އެކަމުގައި މުޢީން ޙަސަންގެ ބައިވެރިވުން އޮތްކަމަށް ބެލެވޭކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވާތީ 31 އޮކްޓޫބަރު 2021 އިން 29 ނޮވެންބަރު 2021 ގެ ނިޔަލަށް މުޢީން ޙަސަން އފީހަށޮ ނުކުތުން މަނާކޮށްފައިވެއެވެ.
7މުޢީން ޙަސަންގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލަ ތަޙުޤީޤު ކުރުމަށްފަހު ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ޖިނާޢީ ދަޢުވާ ކުރެވޭ ވަރަށް ހެއްކާއި ޤަރީނާ ލިބިފައިނުވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަންގާފައިވާތީ އެކަން 22 ނޮވެނބަރް 2021 ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންއަށް އަންގާފައިވެއެވެ. 24 ނޮވެނބަރް 2021 ގައި މައްސަލަ ނިމުނުގޮތުގެ ލިޔުން ފޮނުވާ މައްސަލަ ފައިލު ކުރެވިފައިވާކަން މުޢީން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަންބަރު D/22/2021/83-(SC)22 އޮފީހަށް ނުކުތުމަށް އަންގާ ލިޔުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަންބަރު 95D/22/2021/-(SC)22 މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު G(F1)/22/2021/173-171 ސިޓީ ޙަސަންއަށް އަންގާފައިވެއެވެ. އަދި 09 ޑިސެންބަރު 2021 ގައި މި މަޢުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަންއާ ހިއްސާކޮށްފައިވެއެވެ.
8މުޢީން ޙަސަންގެ މައްޗަށް ކޮށްފައިވާ ތުހުމަތަށް ޖަވާބުދާރީވުމަށަ 24 ނޮވެންބަރު 2021 އިން ފެށިގެން 5 (ފަހެއް) ދުވަހުގެ މުއްދަތެއް މުޢީން ޙަސަންއަށް ދިނުމުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޢަމަލަކީ ކޮބައިކަމާއި އެކަން ހިނގާ ދިޔަކަމަށް ބުނާ ވަގުތާއި ހިނގާ ދިޔަގޮތް ފަދަ އެންމެ އަސާސީ މައުލޫމާތެއްވެސް ހިމަނާފައިނުވާތީ، ޖަވާބުދާރީވުން ދަތިކަމަށް އޭނާގެ ފަރާތުން ޖަވާބުދީފައިވެއެވެ.
930 ނޮވެންބަރު 2021 އިން 29 ޑިސެނބަރް 2021 އަށް އަދި އެއަށްފަހު، 30 ޑިސެންބަރު 2021 އިން 28 ޖަނަވަރީ 2022 އަށް މުޢީން ޙަސަން އޮފީހަށް ނުކުތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މަނާކޮށްފައިވެއެވެ. އަދި އެއަށްފަހު، 29 ޖަނަވަރީ 2022 އިން 27 ފެބުރުވަރީ 2022 ގެ ނިޔަލަށް މުޢީން ޙަސަން އޮފީހަށް ނުކުތުން ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން މަނާކޮށްފައިވެއެވެ.
10ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަމުންދިޔަ މައްސަލަ ތަޙުޤީޤުކޮށް ނިމިފައިވުމ ގުޅިގެނާ އޮފީހަށް ނުކުތުން މަނާކުރި ހާލަތު ނެތި ގޮސްފައިވާތީ ވަޒީފާއަށް ނުކުތުމަށް މުޢީން ޙަސަންއަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގާފައިވެއެވެ.
11ސިވިލ ސަރވިސް ކޮމިޝަންގެ ނަންބަރު (2)00541/CSC/2022 'ވަޒީފާއިން ވަކިކުރެއްވި ޗިޓް' އިން 19 އެޕްރީލް 2022 ވަނަ ދުވަހު މުޢީން ޙަސަން ވަޒީފާއިން ވަކިކުރުމުން އެ މައްސަލަ ވަޒީފާއާބެހޭ ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު G(F1)/188/2021/40-171 ސިޓީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަންބަރު AC/JVF/2021/25-22 އަދި ނަންބަރު AAC/INDIV/2021/220-(MISL)22 ސިޓީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަންބަރު 2021/9922/D/-(SC)22 މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަންބަރު 2021/7722/D/-(SC)22 މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 2/ONM/2022-LERD-188 އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 2/ONAL/2022-LERD-188 އޮފީހަށް ނުކުތުމަށް އަންގާ ލިޔުން ޓްރައިބިއުނަލަށް ހުށަހަޅާފައިވެއެވެ. މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ އާއި ޓްރައިބިއުނަލްގެ ނިންމުން
12ރ.މަޑުއްވަރި / ސީޕިޔާގެ، މުޢީން ޙަސަން ރ.މަޑުއްވަރި ސްކޫލްގެ ޓީޗަރެއްގެ މަޤާމު އަދާކުރަމުންދަނިކޮށް ސްކޫލް ދަރިވަރަކަށ ޖިންސް ގޯނާކުރިކަމުގެ ތުހުމަތުގައި މުޢީން ޙަސަން ވަޒީފާއިން ވަކިކޮށްފައިވާތީ، މުޢީން ޙަސަން ވަޒީފާއިން ވަކިކުރި އިޖުރާއަތަކީ އަދި ތަކުރާރުކޮށް އަޅާފައިވާ ފިޔަވަޅުތަކަކީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް އަދި ވަޒީފާއާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ (ނ) ގެ ދަށުން މުޢީން ޙަސަން ވަޒީފާ އަނބުރާ ރުޖޫޢުކުރުމަށް އަމުރުކޮށްދިނުމަށާއި، ހިފެހެއްޓިފައިވާ މަޤާމގު ކުރިއެރުން އަނބުރާ އިޢާދަކުރުމަށް އަދި މުޢީން ޙަސަން ސަސްޕެންޝަންގައި ހުރި މުއްދަތު އަދި ވަޒީފާއިން ވަކިކރު ތާރީޚުން ފެށިގެން މައްސަލައިގައި ގޮތެއް ކަނޑައެޅުމާ ހަމައަށް ހަނި ގ މުއްދަތުގެ މުސާރައާއި ޢިނާޔަތް އެކީ އެއްފަހަރާ ލިބުމަށާއި، ސަސްޕެންޝަންގައި ހުރި މުއްދަތާއި ވަޒީފާއަދާކުރި މުއްދަތުގެ މުސާރައާއި ޢިނާޔަތް އެކީ އެއްފަހަރާ ލިބުމަށާއި، ސަސްޕެންޝަންގައި ހުރި މުއްދަތާއި ވަޒީފާއަދާކުރި މުއްދަތާ ގުޅުވާލަދީ، މުޢީން ޙަސަން ވަޒީފާއިން ވަކިކުރެވިފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އަސާސީ އުޞޫލުތަކާއި ޚިލާފަށް އެފަރާތާމެދު ތަކުރާރުކޮށް ޢަމަލުކުރުމަށްފަހު، ޤާނޫނާއި ޤަވާއިދުގެ އިމުގެ ބޭރުން ކަމަށް ކަނޑައަޅައިދީ މައްސަލަ ނިންމައިދިނުމަށާއި، މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމަށް ޤާނޫނީ ވަކީލެއް ޢައްޔަންކުރުމަށް ކުރަންޖެހުނު ޚަރަދުކަމުގައިވާ -15,000/ރ. (ފަނަރަހާސް ރުފިޔާ) ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދި 22 މެއި 2022 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މުޢީން ޙަސަނގެ ފަރާތުން މައްސަލް ހުށަހަޅާފައިވެއެވެ.
13މުޢީން ޙަސަން ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ޙާލަތެއް މެދުވެރިވެ، އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ބުރަވެވޭ ސަބަބަށްޓަކައި، މުޢީން ޙަސަން ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވކަމަށް ކަނޑައަޅައި، މުޢީން ޙަސަންގެ ފަރާތުން އެދިފައިވާފަދަ އަމުރެއާ ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް ކުރާނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރ 124/VTR/2022 މައްސަލަ ނިންމާފައިވެއެވެ.
14އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާ ތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށް ފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.14 03 މާރިޗް 2021 ދުވަހު އިސްތިއުނާފުކުރާ ފަރާތް، ރ.މަޑުއްވަރީ ސްކޫލް ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ސްކޫލްގެ ބެލެނިވެރީންގެ ފަރާތުން ސްކޫލަށް ހުށަހެޅުމާއި ގުޅިގެން 05 އެޕްރީލް 2021 އިން 04 މެއި 2021 އަށް ވަނީ މުސާރަ ނުލިބޭ ގޮތަށް ވަޒީފާއަށް ނުކުތުން މަނާކޮށްފައި އޮތުމަކީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކުރެވިފައިވާ ތުހުމަތާއި ގުޅިގެން 30 ދުވަހުގެ ތަޙްޤީޤެއް ކުރިއަށް ދާތީކަން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސާފުކޮށްދީފައިވީނަމަވެސް ބަޔާންވި 30 ދުވަސް ފާއިތުވީއިރު އިސްތިއުނާފު ކުރާ ފަރާތް، ތަޙްޤީޤުކުރާ އެއްވެސް އިދާރާއަކަށް ހޟިރުކޮށާ ބަޔާނެއް ނެގިފައ ނުވާކަމާއި އެހެންކަމުން އެއީ ޖިނާއީ ތުހުމަތުގައިވާ މީހުންނާމެދު ޢަމަލުކުރުމަށް އޮންނަ އިޖުރާއަތުން ބޭރުންކޮށްފައިވާ ކަމެއްކަން ތަކުރާރުކޮށް ފާހަގަކޮށްފައި ވީނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެކަމަށް މައްސަލައިގެ ޙުކުމްކުރއިރި ރިޢާޔަތްކޮށްފައިނުވާ ކަމަށްބުނެ ހުށަހެޅި
2.14ދެންވެސް އިސްތިއުނާފުކުރާ ފަރާތު ގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ އިދާރީ ތަޙްޤީޤު ކުރިއަށްދާ ކަމުގައި ބުނެ 05 މެއި 2021 އިން 04 ޖޫން 2021 ގެ ނިޔަލަށް އިތުރު 30 ދުވަހުގެ މުއްދަތަކަށް އިސްތިއުނާފުކުރާ ފަރާތަށް ވަނީ މުސާރަލިބޭ ގޮތަށް ވަޒީފާއަށް ނިކުތުން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މަނާކޮށފައިކަމާއް، މިގޮތުގައި މުއްދަތުތައް އިތުރުކުރަން ފެށުމުން އިސްތިއުނާފުކުރާ ފަރާތުން 08 މެއި 2021 ދުވަހު އިސްތިއުނާފު ރައްދުވާ ފަރާތަށް ސިޓީއެއަ ފޮނުވީ އިސްތިއުނާފުކުރާ ފަރާތގު މައްޗަށް އިދާރީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުންދާތީ އެކަންކަން ބަލައިދިނުނ އެދް ނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބުގައި ދެންނެވީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އެހައިތަނަށު އަޅާފައިވާ ފިޔަވަޅުތަކަކީ ޤާނނޫ ހަމަތަކުގެ މަތީން އެޅިފައިވާ ފިޔަވަޅުތަކެއް ކަމަށާއި އިސްތިއުނާފުކުރާ ފަރާތު ގެ ވާހަކަތަކަށް ބެލުމެއްނެތި ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިސްތިއުނާފު ރައްދުވާ ފަރާތގު މަސްލަހަތުގައި މައްސަލަ ނިންމި ނިންމުން އެއީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށހެޅަ
3.14ޖިނާއީ ތުހުމަތުގައި އިސްތިއުނާފުކުރާ ފަރާތް ވަޒީ ފާއަށ ނުކުތުމަށް މަނާކުރެވި ވީ ނަމަވެސް 60 ދުވަސް ވީއިރުވެސް ތަޙްޤީޤު އިދާރާއަކަށް އިސްތިއުނާފުކުރާ ފަރާތް ހާޟިރުނުކުރާ ކަމާއި ބަޔާންވި ޖިނާއީ ކުށުގެ ތަޙުޤީޤުކުރިއަށްދާކަން އެނގޭނެ އެއްވެސް ގޮތެއްނެތި އިސްތިއުނާފުކުރާ ފަރާތް ހުންނަންޖެހުމުން އެކަމުގެ ޝަކުވާއާއި ކަންބޮޑުވުންތައް އިސްތިއުނާފު ރައްދުވާ ފަރާތާ ށ ހުށަހެޅުމުންވެސ ތަޙްޤީޤް ގުޅިގެނާ މަޢުލޫމާތެއް ލިބިފއިނުވާކަމާއި، ދެން އަނެއްކާވެސް ލިބިގެން ދިޔައީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސިޓއެއްކަމާއ އޭގައި އޮތީ 04 ޖޫން 2021 އިން 03 ޖުލައި 2021 އަށް އިދާރީ ތަޙްޤީޤަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ބޭނުންވާ މަޢުލޫމާތު ލިބިފައިނުވާތީ މިގޮތުން އިދާރީ ތަޙްޤީޤުކރިއަށްދާތީ އިތުރު 30 ދުވަހަށް ވަޒީފާއަށް ނިކުތުން މަނާކުރެވިފައިވާ ކަމާއި 90 ދުވަހަށް މުސާރަ ނުލިބޭ ގޮތަށް ވަޒީފާއަށް ނިކުތުން މަނާކުރުމަށްފަހު އިސްތިއުނާފުކުރާ ފަރާތގު މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުޤީޤެއް ކުރިއަށް ދާކަމުގެ ނިޤާބުގައި އިސްތިއުނާފު ރައްދުވާ ފަރާތު ން ޢަމަލުކޮށްފައިވާ ގޮތަކީ ޤާނޫނުއަސާސީގެ ދެވަނަ ބާބު ބަޔާން އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ތެރެއިން ދިވެއްސަކަށްވީތީ އިސްތިއުނާފުކުރާ ފަރާތށަ ވެސް ލިބިދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ހިފެހެއްޓިފައި އޮތީ އިސްތިއުނާފު ރައްދުވް ފަރާތަށް ލިބިދީފައިވާ ބާރުގެ ބޭރުން ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށް، ނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތުގެ މަޞްލަހަތުގައު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިޔާކަނޑައެޅުމަކ ޤާނޫނީ ހަމަތަކުގެ ބޭރުން ކަނޑައެޅުނު ނިޔާއެއްކަމަށްބުނެ ހުށަހެޅި ނުކުތާއއާ
4.14އިސްތިއުނާފުކުރ ފަރާތުގާ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާއި ޚާއްޞަ ޤާނޫނުގެ ދަށުން ވަކި އަވަސް މިނެއްގައި ތަޙްޤީޤުތައ ހިންގުން ތަޙްޤީޤުކުރާ އިދާރާތަކުގެ މައްޗަށް ލާޒިމުކޮށްފައިވާ ޒާތުގެ ކުށެއްގެ ތުހުމަތު ނަމަވެސް މުއްދަތަކަށް ފަހު މުއްދަތަކަށް ތަޙްޤީޤުކުރިއަށްދާ ކަމުގައި ބަޔންކޮށާ އިސްތިއުނާފުކުރާ ފަރާތް ވަޒީފާއަށް ނިކުތުން ހުއްޓުވައި ސިޓީތައް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސިޓީތައް ފޮނުވި ނަމަވެސް ތުހުމަތުކުރެވުނު އިސްތިއުނާފުކުރާ ފަރާތުގެ ބަޔާނެއް ނެގުމެއް ނެތި ނުވަތަ އެއްވެސް ސުވާލެއް ނެތި ތަޙްޤީޤުކުރިއަށ ދާނެކަމަށް ދެކިގެން އިސްތިއުނާފުކުރާ ފަރާތުގެ އަސާސީ ޙައްޤުތައް ހިފެހެއްޓީ ޤާނޫނީ ހަމަތަކުގެ ބޭރުންކަމަށްވާތީ އިސްތިއުނާފުކުރާ ފަރާތުގެ އަމިއްލަ އިސްނެގުމަށް ތުހުމަތު ކުރެވިފައިވާ މައްސަލައަށް ޖަވާބުދާރީވެ ބަޔާނެއް މިނިސްޓްރީ އޮފް އެޑިއުކޭޝަންއަށް 06 ޖޫން 2021 ދުވަހު ފޮނވުމުނު 27 ޖޫން 2021 ގައި އިސްތިއުނާފުކުރާ ފަރާތް 28 ޖޫން 2021 ނ ފެށިގެން އަލުން ވަޒީފާއަށް ނިކުތުމަށް ވަނީ އަންގާފައކަމަށާއި، ކުރނި ވަޒީފާއަށް ނިކުތުން މަނާކުރެވިފައިވާ ލިޔުންތައް ބާޠިލްކޮށް އިސްތިއުނާފުކުރާ ފަރާތު ގެ އަސާސީ ޙައްޤުތައް ހިފެހެއްޓިފައ އޮތި އޮތުމުގެ މައްޗަށް ތަފްސީލްކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު ނަމަވެސް އެކަންކަމުގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައި ނުވާކަމަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5.14 ބޭއިންސާފުން ނުކުރާ ކުށެއްގެ ތުހުމަތުގައި އެތަކެއް ދުވަހެއް ވަންދެން ވަޒީފާއަދާކުރުމުގެ ޙައްޤު ހިފެހެއްޓިފައި އޮތުމަށްފަހު އިސްތިއުނާފުކުރާ ފަރާތް 28 ޖޫން 2021 އިން ފެށިގެން ވަޒީފާއަދާކުރަމުން ދަނިކޮށް އޭގެ 4 މަސް ފަހުން އަނެއްކާ އިސްތިއުނާފުކުރާ ފަރާތް ވަޒީފާއަށް ނިކުތުން ވަނީ މިނިސޓްރް އޮފް އެޑިއުކޭޝަންގެ ފަރާތުން 31 އޮކްޓޯބަރު 2021 އިން 29 ނޮވެމްބަރު 2021 ދުވަހުގެ ނިޔަލަށް އަނެއްކާ މަނާކޮށްފައިވީނަމަވެސް، 22 ނޮވެމްބަރު 2022 ދުވަހު އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރުމަށް އެކަށީގެންވާ ހެއްކާއި ޤަރީނާ ނެތްކަން މޯލްޑިވްސ ޕޮލިސް ސަރވިސްގޯ ފަރާތުން އަންގާފައިވާކަމާއި، މިގޮތުން 24 ނޮވެމްބަރު 2021 ދުވަހު މައްސަލަ ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި ފައިލްކޮށްފައިވާކަމާއި، މިކަމުގެ މަޢުލޫމާތު މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ހިއްސާކުރިއިރު މޯލްޑިވްސް ޕޮލިސް ސަރވިސަސއިން ވަނީ އިސްތިއުނާފު ރައްދުވާ ފަރާތާއި އެކަނ ހިއްސާކޮށްފައިކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަޔާންވާ ޖިނާއި މައްސަލީ ފައިލްކުރި ނަމަވެސް 24 ނޮވެމްބަރު 2021 ދުވަހު މިނިސްޓްރީ އޮފް އެޑިއުކޭޝަނުންވަނީ މައްސަލަ ޖަވާބުދާރް ވުމަށް އިސްތިއުނާފުކުރާ ފަރާތަށް 5 ދުވަހުގެ މުއްދަތެއް ދިންކަމަށާއި، މައްސަލައާއި ގުޅިގެން އަޅަން ކަނޑައަޅާ ފިޔަވަޅަކީ ވަޒީފާއިން ވަކިކުރުން ކަމުގައިވެސް މިނިސްޓްރީން އެންގިކަމާއި، މިގޮތަށް އެންގުމުން އިސްތިއުނާފުކުރާ ފަރާތގު މައްޗަށް ތުހުމަތުކުރާ ކުށުގެ ޢަމަލަކީ ކޮބައިކަމާއި އެކަމެއް ހިންގައި ދިޔަކަމަށް ބުނާ ވަގުތެއް ނުވަތަ އެކަމެއް ހިނގައިދިޔަކަމަށ ބުން އަސާސާ އެއްވެސް މަޢުލޫމާތެއް ނުލިބި ޖަވާބުދާރީވާން ދަތިކަމަށް އިސްތިއުނާފުކުރާ ފަރާތުން ލިޔުން ފޮނުވި ނަމަވެސް އެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ބަދަލުގައި 30 ނޮވެމްބަރު 2021 އިން 29 ޑިސެމްބަރ 2021 ގެ ނިޔަލަށް މިނިސްޓްރީން އިސްތިއުނާފުކުރާ ފަރާތް މސާރު ނުހިނގާ ގޮތަށް ވަޒީފާއަށް ނުކުތުން މަނާކުރިކަމާއި އަދި އެ މުއްދަތު 30 ޑިސެމްބަރު 2021 އިން 28 ޖަނަވަރީ 2022 ގެ ނިޔަލަށް އިތުރުކޮށްފައ އޮތި އޮތުން ކިތާބީ ހެކިތަކުން ފެންނަން އޮތް ނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
6.14 29 ޖަނަވަރީ 2022 އިން 27 ފެބުރުވަރީ 2022ގެ ނިޔަލަށް އިސްތިއުނާފުކުރާ ފަރާތް ވަޒީފާއަށް ނުކުތުން މަނާކޮށްފައި އޮއްވާ އިސްތިއުނާފު ރައްދުވާ ފަރާތު ނ ވަން އެފަރާތުގެ ނަންބަރު ONANL/2022/2-LERD-188 ވަޒީފާއަށް ނުކުތުމަށް އަންގާ ލިޔުމުން އިސްތިއުނާފުކުރާ ފަރާތާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަމުންދިޔަ މައްސަލަ ތަޙްޤީޤުކޮށް ނިމިފައިވިއިރު ތަޙްޤީޤުގެ ތެރެއިން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ޖިނާއީ ދަޢުވައެއު ކުރެވޭނެ އެއްވެސް ހެއްކެއް ޤަރީނާއެއް ލިބިފައި ނެތުމުން އިސްތިއުނާފުކުރާ ފަރާތް ވަޒީފާއަށް ނުކުތުން މަނާކުރާނެ ޙާލަތު ނެތިގޮސްފައިވާތީ ވަޒީފާއާށ ނިކުތުމަށް އެންގިކަމާއި، ބަޔާންވި ލިޔެކިޔުންތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނުކަމާއި ނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެކިތާބީ ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
7.14 ސިވިލް ސަރވިސް ކޮމިޝަންގެ ޤަވާޢިދު 2014 ގެ 258 ވަނަ މާއްދާގައިވާ ވަޒީފާއަށް ނިކުތުން 30 ދުވަހަށް މަނާކޮށްފައި އޮތްނަމަ އެމުއްދަތު ހަމަވުމުން ވަޒީފާއަށް ނކުތުނި މަނާކުރިކުރުން ސާބިތުނުވާނަމަ އެމުއްދަތުގެ މުސާރައާއި އިނޔާތްތައ މުވައްޒަފަށް ލިބިދޭންޖެހޭކަމާއި، އަދި 30 ދުވަހަށްވުރެ މުއްދަތު އިތުރު ވެއްޖެނަމަ އެމުވައްޒަފުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙްޤީޤު ނިމި ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅޭ ހިނދު، އެމުވައްޒަފުގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ސާބިތުވާނެ ހެއްކާއި ޤަރީނާ ނެތްނަމަ ސިވިލް ސަރވިސް ކޮމިޝަނުން އެމުވައްޒަފުގެ ވަޒީފާ ދިނުމަށް ކަނޑައަޅާ ހިނދު، ވަޒީފާއަށް ނިކުތުން މަނާކޮށްފައިވާ މުއްދަތުގެ މުސާރައާއި އިނާޔަތްތައް މުވައްޒަފަށް ދޭންޖެހޭކަމާއި، އިސްތިއުނާފު ރައްދުވާ ފަރާތގު ނަންބަރު ONANL/2022/2-LERD-188 ވަޒީފާއަށް ނުކުތުމަށް އަންގާ ލިޔުމުން، އިސްތިއުނާފުކުރާ ފަރާތުގެ ވަޒީފާ އަނބުރާ ރުޖޫޢުކުރިކަން އެނގެން އޮތް އޮތުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި
8.14 17 ފެބުރުވަރީ 2022 ގައި އިސްތިއުނާފު ރައްދުވާ ފަރާތނު އިސްތިއުނާފުކުރާ ފަރާތުގެ މައު ޗަށް ވަޒީފާއަށް ނިކުތުމަށް އެނގި ނަމަވެސް އެކަމުގެ މަޢުލޫމާތު މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ރ.މަޑުއްވަރީ ސްކޫލަށް އަންގާފައި ނުވި ނަމަވެސް 23 ފެބުރުވަރީ 2022 ގައި އިސްތިއުނާފުކުރާ ފަރާތނު ވަޒީފާއަށް ނިކުތްކަމާއި ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތު ހަވާލުކުރުމުގެ ބަދަލުގައި އިސް ތިއުނާފުކުރާ ފަރާތަށް ވަޒީފާގެ ހާޒިރީ ފޮތުގައި ސޮއިކޮށްފައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަކި އެއްޗެއް އަންގަންދެން އެއްވެސް މަސައްކަތެއް މަސްޢޫލިއްޔަތެއް އަދާނުކޮށް ސްކޫލްގެ އޮފީހުގައި އިނުމަށް އެންގިކަމާއި 24 ފެބުރުވަރީ 2022 ގައި ވަޒީފާއަށް ނިކުތުމުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ފަރާތުން އަންގާފައިވާ ކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުގެ ވަޒީފާއަކީ ދަރިވަރުންގު އެއްވެސް ކަމެއްގައި ޝާމިލުނުވ ސްކޫލްގެ އިދާރީ މަސައްކަތް ކުރުންކަމަށވަން އަންގާފައިކަމާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފޮނުވާފައިވާ ލިޔމަކު ކޮބައިތޯ އާއި އެލިޔުން އިސްތިއުނާފުކުރާ ފަރާތާއި ހިއްސާކުރުމަށް ތަކުރާރުކޮށް އެދުމުން އެލިޔުން ސްކޫލުން ނުދިނުމަކީ ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤުތައް ހިފެހެއްޓުންކަމަށ ބުން ހުށަހެޅި ނުކުތާ؛
9.14 ސިވިލް ސަރވިސް ކޮމިޝަންގެ ވަޒީފާތަކާއި ގުޅިގެން އެކޮމިޝަނުން ޢަމަލުކުރާ ގޮތުގެ މަތީން ނުވަތަ ނިންމުމެއްގެ މަތީން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޢަމަލުތައް ބަހައްޓާނެކަމާއި ނަމަވެސް އިސްތިއުނާފުކުރާ ފަރާތުން މައްސަލަ ބަލާ ނިމުމުންވެސް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިސްތިއުނާފުކުރާ ފަރާތް ތަފާތުކޮށް އެކަހެރިކު ރުމަށް މިނިސްޓްރީއިން ވަނީ މަސައްކަތްކޮށްފައި ކަމަށްވާތީ އެޝަކުވާ އިސްތިއުނާފު ރައްދުވާ ފަރާތަށް ހުށަހެޅުމުނަ އިސްތިއުނާފުކުރާ ފަރާތަށް ޙައްޤުވާ މުސާރައާއަ އިނާޔަތް ދިނުމަށް ވަނީ އަންގަވާފައިކަމާއި، ނަމަވެސް އެގޮތުގެ މަތިން މިނިސްޓްރީން މުސާރައާއި އިނާޔަތް މިހާތަނަށް ލިބިދީފައި ނުވުމަކީ ޤާނޫނާ ޚިލާފުކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ؛
10.14 މިގޮތުގައި ވަނިކޮށް އަނެއްކާ އިސްތިއުނާފުކުރާ ފަރާތް 27 ފެބުރުވަރީ 2022 އިން 29 މާރިޗް 2022ގެ ނިޔަލަށް ވަޒީފާއަށް ނިކުތުން އިސްތިއުނާފު ރައްދުވާ ފަރާތނު މަނާކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތް ދިވެހި ސިވިލް ސަރވިސް ޤާނޫނާއި އޭގެ ދަށުން ހެދިފައިވާ ޤަވާޢިދުގައިވާ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެފައިވާ ކަމަށް ތުހުމަތުކުރެވިގެން އެމައްސަލަ ބެލުމަށް ކަމަށް ލިޔުން ފޮނުވިކަމާއި މިފިޔަވަޅަކީ މޯލްޑިވްސް ޕޮލިސް ސރވިސްއާއި ޕްރޮސިކިއުޓަރ އޮފީހުން މިނިސްޓްރީ އޮފަ އެޑިއުކޭޝަނަށް ހިއްސާކޮށްފައިވާ މަޢުލޫމާތުތަކާއ ގުޅިގެނި ކަމާއި މިކަމުގައި 6 (ހައެއް) މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް އިސްތިއުނާފުކުރާ ފަރާތް ސަސްޕެންޑްކޮށްފައި ބެހެއްޓުމަކީ ޤާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި
11.14 ސިވިލް ސަރވިސް ކޮމިޝަންގެ ޤަވާޢިދުގެ 2014 ގެ 260 ވަނަ މާއްދާގައިވާ ގޮތުން ޖިނާއީ ބޮޑު ކުށަކަށް ތުހުމަތުކޮށް ދިވެހި ފުލުހުންގެ ޚިދުމަތުން އެމައްސަލަ ތަޙްޤީޤުކުރމަށްފަހު ކުރެވިފައިވު ކުށްތކަށ މަދަން މިންގަނޑުން ބަލާއިރަ ވަޒީފާއިން ވަކިކުރަން ނުޖެހޭނަމަ އެމުވައްޒަފަކު ވަޒީފާއަށް ނިކުތުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަންޖެހޭކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތް 19 އެޕްރީލް 2022 ގައި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ 7 މަހުގެ މުއްދަތަށް ދިގު ދެންމި ތަޙްޤީޤު ނިމި އެތަޙްޤީޤުގެ ތެރެއިން އެއްވެސް ހެއްކެއް ޤަރީނާއެއް ނެތިކަން ލިޔުން އެނގެން އޮއްވާ ކަމާއި ކުށެއް ނުކުރާ މީހަކު ކުށްވެރިއެއްގެ ދަރަޖައަށް ވައްޓާލާފައިވާކަނ ލިޔުމުން ފެންނަން އޮތް ނަމަވެސް މިކަންކަމުގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
12.14 ސިވިލް ސަރވިސް ކޮމިޝަންގެ ޤަވާޢިދުގެ 2014 ގެ 260 ވަނަ މާއްދާގައިވާ ގޮތުން މުވައްޒަފުންނާއި ގުޅޭ މައްސަލައެއް ފެންމަތިވެއްޖެނަމަ އެމައްސަލައެއް އެކަށީގެންވާ އަވަސް މިނެއްގައި އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްގެން ކުރިއަށް ގެންދިޔުން އިސްތިއުނާފު ރައްދުވާ ފަރާތގު މައްޗަށް ލާޒިމްކުރާއިރު "6.1 އިން 6.11" ގައިވާ ކަންކަމަށް ބެލުމުން މުޢީން ޙަސަނގެ މައްސަލައިގް އިޖުރާއީ ޢަދުލުވެރިކަން ނެތްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮތް ނަމަވެސް އެކަމުގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނު ހުށަހެޅި ނުކުތާއެވެ.
15މުޢީން ޙަސަންގެ ފަރާތުން އެދިފައިވަނީ:
1.15ސިވިލ ސަރވިސް ކޮމިޝަނުން މުޢީން ޙަސަންގެ މައްޗަށް އަޅާފައިވާ އިސްލާޙި ފިޔަވަޅުތަކަކީ އިޖުރާއީ ޢަދުލުވެރިކަން ނެތި އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ކަނޑައަޅައިދިނުމާއި؛
2.15މުޢީން ޙަސަންގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ އަދި މުޢީން ޙަސަން ޖިނާއީ ކުށެއް ކޮށްފައި ވުން ނޫންކަމަށް ކަނޑައަޅައިދިނުމާއި؛
3.15 މުޢީން ޙަސަން ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނުއަސާސީ އާއި އޭގެ ދަށުން ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޚިލާފަށް ކަމަށާއި ޙަސަން މުޢީނަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތަކަކީ ޙަސަން މުޢީނަށް ޙައްޤުވެގެންވާ މުސާރައާއި އިނާޔަތްކަން ސާބިތުވާ ކަމަށް ކަނޑައަޅައިދިނުމއި؛
4.15ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކޮށްފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގެ ދަށުން ބާޠިލް އިންސާފުން ބޭރުން ކޮށްފައިވާ ޙުކުމެއް ކަމުގައި ކަނޑައަޅައި އެޙުކުމަކީ ބާޠިލް ޙުކުމެއް ކަމަށް ކަނޑައަޅއަ މުޢީން ޙަސަންގ މައްސަލެ އަލުން ބެލުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
16އިސްތިއުނާފަށް މައްސަލައެއް ހުށަހެޅުމުގެ ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ދަށު ކޯޓުން ނިނމް ނިންމުމުން އުފެދޭ ޤާނޫނީ ބަހުސެއް ބުނެދޭންޖެހޭނެކަމަށާއި، އެކަމުގެ ސަބަބުން މައްސަލައަށް ކުރާނެ އަސަރެއް އަދި މައްސަލައިގެ ޙުކުމް ބަދަލުވެގެންދާނ ގޮތެ ބުނެދޭންވެސް ޖެހޭކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި 12 އިސްތިއުނާފީ ނުކުތާއަށް ނަޒަރުކުރާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 124/VTR/2022 މައްސަލައިގެ ނިންމުން ޝަރުޢީ އަދި ޤާނޫނީ އުޞޫލާއި ޚިލާފުވާ ކަމަށް ދެކޭ ސަބަބުތަކުގެ ގޮތުގައި ޖުމްލަގޮތެއްގައި ފާހަގަކޮށްފައިވަނީ މުޢީން ޙަސަން އޮފީހަށް ނުކުތުން މަނާކުރުމާއި ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ޖަވާބުގައި ފާހަގަކޮށްފައިވެއެވެ.
17އެގޮތުން، އިސްތިއުނާފު ނުކުތާތައް ބިނާކޮށްފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 78/VTR/2022 މައްސަލައިން ނިންމާފައިވާ ނިންމުމަށްކަން އެނގޭކަމަށާއި، އެ މައްސަލަ އިސްތިއުނާފުކޮށްފައިނުވާތީ އެ ޙައްޤު ދޫކޮށްލާފައިވާކަމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ހަވާލާދެވުނު ނިންމުން ނިހާއީ ވެގެންދާނެ ކަމުގައި ކޮމިޝަނުން ދެކޭކަމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 124/VTR/2022 މައްސަލައިގެ ތެރެއިން އޮފީހަށް ނުކުތުން މަނާކުރުމާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވާ ނަންބަރު 78/VTR/2022 މައްސަލައިގެ ނިންމުމާމެދު ތަޢުނުކުރުމުގެ ފުރުޞަތެއް އިސްތިއުނާފުކުރާ ފަރާތަށް ނެތްކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
18އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 124/VTR/2022 މައްސަލައިގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމައިދިނުމަށެވެ.
19ޕްރިސިޑެންސް 1މި އިސްތިއުނާފީ ޤަޟިއްޔާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 124/VTR/2022 މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅި އިސްތިއުނާފެއްކަން، މި ޤަޟިއްޔާގައި ހުށަހަޅާފައިވާ "ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް" ގެ 4 ވަނަ ނަންބަރުން އެނގެން އޮވެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 124/VTR/2022 މައްސަލައަކީ، މުޢީން ޙަސަން ވަޒީފާއިން ވަކިކުރުމާ ގުޅިގެން ވަޒީފާއަށް އަނބުރާ ރުޖޫޢަކޮށްދިނުމަށާއި މުސާރައާއި އިނާޔަތްތައް ހޯދުމަށް އެދި ހުށަހެޅި މައްސަލައެއްކަން އެނގެއެވެ.
20ސަސްޕެންޝަންގެ މުއްދަތުތަކާއި ގުޅިގެން ވަކި މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ މައްސަލަ އެ ޓްރައިބިއުނަލްގެ ނަންބަރު 78/VTR/2022 މައްސަލައި ގައި ބަލައި، 31 އޮކްޓޫބަރު 2021 އިން ފެށިގެން 28 އެޕްރީލް 2022 ގެ ނިޔަލަށް ވަޒީފާއަށް ނުކުތުން މަނާކޮށްފައިވަނީ ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސް ޤާނޫނު) އާއި ގަވާއިދު ނަންބަރު 311-2014/R (ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014) އާ އެއްގޮތަށްކަމަށް ކަނޑައަޅައި މުޢީން ޙަސަން އެދިފައިވާފަދަ އަމުރެއް ނެރެދޭނެ ތަނެއް ނެތްކަމަށް ނިންމާފައިވެއެވެ.
21މުޢީން ޙަސަންގެ ފަރާތުން މި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު ފޯމުގައި 12 (ބާރަ) އިސްތިއުނާފީ ނުކުތާ ހުށަހަޅާފައިވެއެވެ. އޭނާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގައި ފާހަގަކޮށްފައިވާ ކަންކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 78/VTR/2022 މައްސަލައިގައި ބަލައި ގޮތް ކަނޑައަޅާފައިވާ ކަންތައްތައްކަން ފާހަގަކުރެވެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 78/VTR/2022 މައްސަލައިގެ ނިންމުން މުޢީން ޙަސަންގެ ފަރާތުން އިސްތިއުނާފު ކޮށްފައި ނުވާކަން އެނގެއެވެ.
22ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 78/VTR/2022 މައްސަލައިގެ ނިންމުން މުޢީން ޙަސަންގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާކަން އެނގެން ނެތުމުން، އެކަމާގުޅިގެން މި ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ސުވާލުކުރުމުން މުޢީން ޙަސަންގެ ފަރާތުން ބުނެފައިވަނީ، އެ ޤަޟިއްޔާ އިސްތިއުނާފުކުރިމަކަށް ބަޔާންކޮށްފައި ނުވަނީ ރަޖިސްޓްރޭޝަނުން އެގޮތަށް އިރުޝާދުދިނުމުންކަމަށެވެ.
23މ މައްސަލި ހުށަހެޅުމުގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މުޢީން ޙަސަންގެ ފަރާތުން އިސްތިއުނާފުކުރުމަށް އެދި މި ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅި ފޯމު އިޞްލާޙްކުރުމަށ އަންގާފައިވާކަން އެނގެއެވެ. އެ ފޯމުގެ 5 ވަނަ ނަންބަރުގައި އިސްތިއުނާފުކުރުމަށްއެދޭމައްސަލައިގެ ތަފުސީލުގ ގޮތުގައެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނަންބަރު 124/VTR/2022 މައްސަލަ އާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 78/VTR/2022 މައްސަލަ ހިމަނާފައިވާކަން އެނގެއެވެ. ނަމަވެސް، އެ ފޯމުގެ 6 ވަނަ ނަންބަރުގައި ނިމުނުގޮތުގެ ޚުލާޞާގައި ދެ ނިންމުމެއް ބަޔާންކޮށްފައިނެތްކަން އެނގެއެވެ. އެ ފޯމުގައި ނިމުނުގޮތުގެ ޚުލާޞާކަމުގައި ބަޔާންކޮށްފައި އޮތީ އެ ދެމައްސަލައިގެ ތެރެއިން 124/VTR/2022 ނަންބަރު މައްސަލައިގެ ނިންމުންކަން އެނގެއެވެ.
24ބުނެވިދިޔަ ފޯމު އިޞްލާޙްކުރުމަށް މި ކޯޓުން އެންގި ލިޔުމުގެ 3 ވަނަ ނަންބަރުގައި ލިޔެފައި އޮތީ "އިސްތިއުނާފު ފޯމުގެ 5 ވަނަ ނަންބަރުގައި އިސްތިއުނާފުކުރުމަށް އެދޭ މައްސަލައިގެ ތަފްޞީލުގައި 2 (ދޭއް) މައްސަލައިގެ މަޢުލޫމާތު ލިޔެފައިވާއިރު، އެ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފުކުރާ މައްސަލައިގެ މަޢުލޫމާތު އެކަނި ލިޔުމަށް" މިފަދައިންކަން އެނގެއެވެ.
25އިސްތިއުނާފުކުރާ މައްސަލައިގެ މަޢުލޫމާތު އެކަނި ލިޔުމަށް ރެޖިސްޓްރޭޝަނުން އަންގާފައި އެވަނީ އެ ފޯމުގެ 6 ވަނަ ނަންބަރުގައި ނިމުނުގޮތުގެ ޚުލާޞާގައި ދެ ނިންމުމެއް ބަޔާންކޮށްފައިނެތމުންކަމަށު އަހުރެންނަށް ބެލެވެއެވެ.
26މުޢީން ޙަސަންގެ ފަރާތުން ޓްރައިބިއުނަލްގެ ދެނިންމުން އިސްތިއުނާފަށް ހުށަހެޅިކަމަށް ބުނިނަމަވެސް، ޓްރައިބިއުނަލުން ނިންމި ނިންމުމުގެ ގޮތުގައި އޭނާ ހުށަހެޅި ދެފޯމުންކުރެ އެއްވެސް ފޯމެއްގައިވެސް ޓްރައިބިއުނަލުގެ ދެނިންމުމެއ ބަޔާންކޮށްފައިވާކަން އެނގެން ނެތްކަން ފާހަގަކުރެވެއެވެ. ފާހަގަކުރެވެން އޮތީ، ހަމައެކަނި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 124/VTR/2022 މައްސަލައިގެ ނިންމުން ބަޔާންކޮށްފައި އޮތްކަމެވެ. އަދި އިޞްލާޙްކޮށ ހުށަހެޅް ފޯމުގައިވެސް ބަޔާންކޮށްފައި އޮތީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 124/VTR/2022 މައްސަލައިގެ މަޢުލޫމާތު އެކަނިކަން އެނގެއެވެ. ޓްރައިބިއުނަލުން ނިންމި ނިންމުމުގެ ގޮތުގައިވެސް އަދި އިސްތިއުނާފުކުރާ މައްސަލައިގެ ނަންބަރެއްގެ ގޮތުގައިވެސް ހަމައެކަނި ބަޔާންކޮށްފައި އޮތީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 124/VTR/2022 މައްސަލައިގެ މަޢުލޫމާތު އެކަނިކަން އެނގެއެވެ.
27ޕްރިސިޑެންސް 2އެހެންކަމުން، ޓްރައިބިއުނަލްގެ ނަންބަރު 124/VTR/2022 މައްސަލައިގައި މޢު ނ ޙަސަން ވަޒީފާއިން ވަކިކުރުން ނުރަނގަޅުވާގޮތަކާ ގުޅު ވައި ޤާނޫނީ ބަހުސެއް އުފައްދާފައި ނުވާއިރު، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 78/VTR/2022 މައްސަލަ އިސްތިއުނާފުކޮށްފައި ނެތްހިނދު، އެ ނިންމުމުގައި ކަނޑައަޅާފައިވާ ކަންކަމާމެދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 124/VTR/2022 މައްސަލަ އިސްތިއުނާފު ކުރުމުން ބަލަމުންދާ މި ޤަޟިއްޔާގައި ބަހުސްކޮށް ގޮތް ކަނޑައެޅުމަކީ އިސްތިއުނާފީ މައްސަލަތައް ބެލުމުގެ އުސޫލުތަކާއި ޚިލާފު ކަމެއު ކަމަށް އަހުރެން ދެކެމެވެ. އެހެންކަމުން، މި ޤަޟިއްޔާގައި ހުށަހަޅާފައިމިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް މި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަކަށް އަހުރެންނަކަށް ގަބޫލެއްނުކުރެވެއެވެ.
28ޕްރިސިޑެންސް 3އޭގެ އިތުރުން، އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަމަށާއި، އެ ނުކުތާތަކުގެ ތަފުސީލުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަމާއި، މި މައްސަލައާ ގުޅިގެން ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގެ އަޑުއެހުންތަކަށް ދެ ދުވަހެއްގެމަތިން ދެ ޤާނޫނީ ވަކީލުން މުޢީން ޙަސަންގެ ފަރާތުން ޙާޟިރުވެ ވަކާލާތުކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބެލުމުގައި ހަދާފައިވާ ގޯހަކީ ކޮބައިކަމާއި، އެ ގޯހުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތަށް ކުރިމަތިވި ބޭއިންސފަކީ ކޮބައިކަމާއާ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާ ފަދައިން އެކަންކަމާމެދު ރިޢާޔަތްކުރަން ޖެހޭ ޤާނޫނީ އުސޫލުތައް ބަޔާންކޮށް މި އިސްތިއުނާފީ ކޯޓުގެ ކުރިމައްޗަށް ޤާނޫނީ ބަހުސެއް ހުށަހެޅިފައި އޮތްކަމަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްޕަންޓ ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާ އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ޤަޟިއްޔާ އަދި ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. މުޙައްމަދު މާލިކު ޤަޟިއްޔއަށާ ރިޢާޔަތްކޮށް ބެލި ބެލުމުން އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ.
29އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަކީ އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރެވޭ މިންވަރަށް ބަޔާންކޮށްދެވިފައިވާ ނުކުތާތަކެއް ކަމުގައި އަހުރެންނަކަށް ނުބެލެވެއެވެ. އެހެންކަމުން، ބުނެވިދިޔަ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް އިސްތިއުނާފު މި ކޯޓަށް ބަލއިގަނަ އެ ނުކުތާތަކާމެދު ގޮތެއް ކަނޑަޅަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް އޮތްކަން އެނގެން ނެތަތީ، ހުށަހެޅިފައިވާ ގޮތަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2019/SC-L/91 "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު" [2022] SC 39 [2023] SC 38 އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދާނެތަނެއ ނެތްކަމަށް ކަނޑައަޅައި މި ޤަޟިއްޔާ ނިންމަން ފެނެއެވެ.
30އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރަޢުޔަށް ތާޢީދުކުރަމެވެ.
31އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރަޢުޔަށް ތާޢީދުކުރަމެވެ.
32މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ އެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) 2022il1("-At490 Z1 z tr,< " ..r- 2.2. ?/ Jp./, ar-yJPy JPJ7, t ruo /rt.4 r2.J J-a jztn j.*),-i-, ir;i 124YTR2022 '.-"/t- zJ 24/ Jzaro,-.1 :)r) ipI.t2 .iljtrtl ,2 o 2r -1', J /.,try,2, lf ,-,n.,. ) J3t647t :Llj '332502e :.21. i:.3.+ ,;3.i.i-- it.:rt :t:-lr;a www.highcourt.gov,mv : 3- i3; info@highcourt,gov.mv J..!.
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ)
- ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
- ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ
- ސުޕްރީމް ކޯޓުގެ ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. މުޙައްމަދު މާލިކު
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 (މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު)
- [2022] SC 39
- [2023] SC 38
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޙަސްނާ ޙަބީބު
- ބެންޗު
- ޙަސަން ޝަފީޢު، ޙުސައިން ޝަހީދު، ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް