ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/163
ޢަބްދުއްސައްތާރު އަބޫބަކުރު ވ. ރާމިޒާ މުޙައްމަދު، 2018/HC-A/163
Abdhusathaaru Abubakr v. Raamizaa Mohamed 2018/HC-A/163 (2018/HC-A/163, High Court of the Maldives, 28 February 2021)
ޢަބްދުއްސައްތާރު އަބޫބަކުރު ވ. ރާމިޒާ މުޙައްމަދު
މައްސަލައިގެ ޚުލާޞާ
މާފުށީ މެޖިސްޓްރޭޓް ކޯޓުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން އެއްބަސްވުން ބާޠިލުކޮށް، އަލުން އެއްބަސްވުމެއް ހެދުމަށް 3 މަހުގެ ފުރުޞަތު ދީ، އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ތަން ވެރިފަރާތާ ޙަވާލުކުރުމަށް ނިންމިއެވެ.
ބިމުގެ ވެރިފަރާތާއި ކުއްޔަށް ހިފި ފަރާތާ ދެމެދު ގެސްޓްހައުސް ޢިމާރާތްކޮށް ހިންގުމަށް 15 އަހަރުގެ ކުލީގެ އެއްބަސްވުމެއް ވެވުނެވެ. ކުއްޔަށް ހިފި ފަރާތުން ވެރިފަރާތުގެ ހުއްދައެއް ނެތި ތަން ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުމުން، ވެރިފަރާތުން އެއްބަސްވުން ބާޠިލުކުރަން އެދި ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ އެއްބަސްވުމުގައި ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުން މަނާކޮށްފައި ނެތްކަމަށާއި 11 ވަނަ މާއްދާ މާނަކޮށްފައިވަނީ ގޯހަށް ކަމަށެވެ. ރައްދުވި ފަރާތުން ބުނީ ހުއްދަ ނެތި ކުއްޔަށް ދިނުމަކީ އެއްބަސްވުމާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފު ކަމަށާއި 14 ވަނަ މާއްދާގެ ދަށުން މަޝްވަރާ ނުކުރި ކަމަށެވެ.
މައިގަނޑު ސުވާލު
ކުއްޔަށް ހިފި ފަރާތުން ބިމުގެ ވެރިފަރާތުގެ ރުހުމެއް ނެތި ތަން ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުމުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން އެއްބަސްވުން ބާޠިލުކުރުމަކީ ޤާނޫނު ރަނގަޅަށް ތަޠްބީޤުކުރުންތޯ؛ އަދި އެއްބަސްވުމުގައި ލާޒިމުނުކުރާ ކަމެއްގެ މައްޗަށް ބިނާކޮށް އެއްބަސްވުމާ ޚިލާފުވީ ކަމަށް ބެލިދާނެތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
އެއްބަސްވުމުގެ މުހިންމު ޙަޤީޤަތެއް ބަދަލުވެފައި ނުވާތީއާއި ތިންވަނަ ފަރާތަށް ކުއްޔަށްދިނީ އެއްބަސްވުމުގެ ބައިވެރިއެއްގެ އިޚްތިޔާރީ ޢަމަލަކުން ކަމުން 11 ވަނަ މާއްދާ ނުހިނގައެވެ. އެއްބަސްވުމުގައި ސަބްލީޒް މަނާކޮށްފައި ނުވާތީ އެއީ އެއްބަސްވުމާ ޚިލާފުވުމެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ހައިކޯޓަށް އިސްތިއުނާފުކުރާއިރު ދަށުކޯޓުން ޤާނޫނީ ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފީ ނުކުތާގައި ސާފުކޮށް ބުނަންވާނެއެވެ؛ ޤާނޫނުތަކާއި އުޞޫލުތަކުގެ އަލީގައި ސަބަބު ބަޔާންނުކޮށްފައިވާ ނުކުތާތަކާމެދު ގޮތެއް ކަނޑައެޅިދާނެ ކަމުގައި ނުދެކެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8.1)
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ މަފްހޫމަކީ (Ignorantia facti excusat / މިސްޓޭކް އޮފް ފެކްޓް) ކޮންޓްރެކްޓް ކުރި ހިނދު ދެފަރާތަށް ޤަބޫލުކުރެވިފައިވާ ޙަޤީޤަތެއް އެއްވެސް ފަރާތަކަށް ނޭނގި ނުވަތަ އެއްވެސް ފަރާތެއްގެ ބާރެއް ނެތި ބަދަލުވުމުން ކޮންޓްރެކްޓް ބާޠިލުވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10.3)
- އެއްބަސްވުމުގެ ބައިވެރިއަކު ޤަސްދުގައި އެނގިހުރެ އެއްބަސްވުމާ ޚިލާފަށް ކުރާ ކަމަކީ އެއްބަސްވުމާ ޚިލާފު ޢަމަލެއް ކަމުގައި ވާތީ، އެކަމާ ގުޅިގެން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލުކުރެވޭނެ ޤާނޫނީ އަސާސެއް ނެތެވެ؛ އެ މާއްދާގެ ދަށުން ބާޠިލުކުރެވޭނީ އޭގައިވާ ޢުންޞުރުތައް ފުރިހަމަވެގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10.5-10.7)
- "العقد شريعة المتعاقدين" ގެ ޤާޢިދާގެ ދަށުން ދެފަރާތުގެ މެދުގައި އުފެދޭ ދެބަސްވުންތައް ޙައްލުކުރުމަށް ރުޖޫޢަވާންޖެހޭނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11.2)
- ޤާނޫނަކުން ނުވަތަ ގަވާއިދަކުން ހަނިކޮށްފައި ނުވާނަމަ، ސަބްލީޒްކުރުމާއި އެސައިންކުރުމުގެ ޙައްޤަކީ ކުއްޔަށް ހިފުމުގެ ޙައްޤާ ގުޅިގެން ތަބަޢީ ގޮތުން ލިބިގެންވާ ޙައްޤެކެވެ؛ މި ޙައްޤު ހަނިކުރެވޭނީ އެއްބަސްވުމުގައި ޞަރީޙަކޮށް ބަޔާންކޮށްގެން އެކަންޏެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11.11)
- އެއްބަސްވުމުގައި ތިންވަނަ ފަރާތަކަށް ކުއްޔަށްދިނުން މަނާކުރާ މާއްދާއެއް ނެތްހިނދު، އެގޮތަށް ކުއްޔަށްދިނުމަކީ އެއްބަސްވުމާ ޚިލާފުވުމެއް ކަމުގައި ބަލައި އެއްބަސްވުން ބާޠިލުކުރުމުގެ ޙައްޤު އުފަންކުރާ ކަމެއް ނޫނެވެ؛ އެއްބަސްވުމުގައި ލާޒިމުނުކުރާ ޝަރުޠެއްގެ މައްޗަށް ބިނާކޮށް އެއްބަސްވުން ބާޠިލުނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11.12)
- ދެފަރާތް ވާހަކަ ދައްކައިގެން ޙައްލުކުރުމާ ބެހޭ މާއްދާއަކީ ޚުޞޫމާތް ޙައްލުކުރުމުގެ އިޖުރާއަތު ކަނޑައަޅާ މާއްދާއެއް ކަމުން، އެ މާއްދާގެ ދަށުންވެސް ކޯޓުން ބަލަންޖެހޭނީ އެއްބަސްވުމުގައި ލާޒިމުކޮށްފައިވާ ކަމަކާ ޚިލާފުވެފައިވޭތޯއެވެ؛ އެއްބަސްވުމުގައި ނެތް ކަމެއް ލާޒިމުކަމަށް ބަލައި އެއްބަސްވުން ބާޠިލު ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11.13.1)
ތާއީދުކުރައްވައެވެ.
މިއީ، މާލެ އަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2018-12-H/24 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ، އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދި މާލެ، […] / ޢަބްދުއްސައްތާރު އަބޫބަކުރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ކ.މާފުށި / ޓްވައިލައިޓް، ރާމިޒާ މުޙައްމަދު އެވެ.
ކ. މާފުށި ޓްވައިލައިޓް ރާމިޒާ މުޙައްމަދުގެ މިލްކުގައިވާ ކ. މާފުށީ ޓްވައިލައިޓް އޭކިޔާ ގެއާއި ގޯތީގައިވާ އެންމެހާ ތަންތަނާއި ވަޅުފަދަތަންތަން މާލެ […] ޢަބް ދުއްސައްތާރ އަބޫބަކުރު އަށު ކުއްޔަށް ދިނުމަށް ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ވެވިފައިވެއެވެ. އެއްބަސްވުމަށް ފަހު ޢަބްދުއްސައްތާރު އަބޫބަކުރަށް ތަނުގައި ހުރެވެނ ނެތުމުން ކުއްޔަށް ހިފާފައިވާ މުއްދަތާއި ފުށު ނާރާގޮތަށް ތަން ހިންގަން ތިންވަނަ ފަރާތެއް ކަމުގައިވާ ފަހިޔާ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑު އަށް ކުއްޔަށްދިނެވެ. 16 ޖޫން 2013ގައި ސިވިލްކޯޓުގައި ރަޖިސްޓަރީކުރެވިފައިވާ ނަންބަރު 07/20133-C/C-Cvއެގްރީމަންޓް ދަށު ކޯޓު ރިޕޯޓުގެ މަޙްޟަރު ބަޔާން ނަންބަރު 2018/103 މިގޮތަށް ރާމިޒާ މުޙައްމަދުގެ ހުއްދަ ނެތި ތަން ކުއްޔަށްދިނުމަކީ ޢަބދުއްސައްތާރް އަބޫބަކުރު އެއްބަސްވުމާ ޚިލާފުވުންކަމަށާއި އެހެންކަމުން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލްކޮށްދިނުމަށް އެދި ރާމިޒާ މުޙައްމަދު މާލޭ އަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ އެއް ހުށަހަޅާފައިވެއެވެ. އެއީ އިސްތިއުނާފުކުރެވިފއަ މިވާ އެކޯޓުގެ ނަންބަރ C/2018-12-H/24 ޤަޟިއްޔާއެވެ. މާލެ އަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން: މާލެ އަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުން މިމައްސަލައިގައި ނިންމާފައިވާ މައިގަނޑު ކަންތައްތަކަކީ
1.5.ކުއްޔަށް ދޭފަރާތުގެ ގޮތުގައި ހުރި ރާމިޒާ މުޙައްމަދު އާއި އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި އެގްރިމެންޓްގައި ބަޔާންކޮށްފައިވާ ކ. މާފުށީ ޓްވައިލައިޓް، ފަހިޔާ އެންޓަރޕްރައިސަސް ޕްރއިވެޓަ ލިމިޓެޑް އަށް ދިނުމަށް 01 ނޮވެންބަރު 2015 ގައި އެގްރީމންޓެއެ ކުރެވިފައި ވާކަމަށާއި، އަދި ޢަބދުއްސައްތާރް އަބޫބަކުރުގެ އިޢުތިރާފުން އޭނާއަށް ތަނުގއަ ހުރެވެން ނެތުމުން ތަން ތަރައްޤީކޮށް ހިންގެންއޮތީ އެހެންފަރާތަކަށް ދީގެން ކަމަށްވާތީ އެހެންފަރާތަކަށް ތަން ދީފައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށް؛
2.5.ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނ) ގެ 11 ވަނަ ނަންބަރުގެ (ހ) ގެ ދަށުން ކ. މާފުށި ޓްވައިލައިޓް ރާމިޒާ މުޙައްމަދު އާއި، މާލެ […] ޢަބްދުއްސައްތާރު އަބޫބަކުރު އާއި ދެމެދު 01 މާރިޗް 2013 ވަނަ ދުވަހު ވެވުނު ކ. މާފުށީ ޓްވައިލައިޓް އޭކިޔާ ގެއާއި ގޯތީގައިވާ އެންމެހާ ތަންތަނާއި ވަޅުފަދަތަންތަން ކުއްޔަށް ދީ ކުއްޔަށް ހިފުމުގެ އެގްރިމެންޓް ބާޠިލްކުރާކަމަށް؛ ދަށު ކޯޓު ރިޕޯޓުގައިވާ ނަންބަރު 2018/109 މަޙްޟަރު ބަޔާން އެކޯޓުގެ ނަންބަރު C/2018-12-H/24 ޤަޟިއްޔާގައި
3.5. ޢަބދުއްސައްތާރް އަބޫބަކުރު ކޮށްފައިވާ އިންވެސްޓް ހިމާޔާތްކުރުމުގެ ގޮތުން 12 މާރިޗް 2018 ދުވަހުންފެށިގެން 03 (ތިނެއ) މަސްދުވަހުގެ ތެރޭގައި ކ. މާފުށި ޓްވައިލައިޓް ރާމިޒާ މުޙައްމަދު އާއި، މާލެ […] ޢަބްދުއްސައްތާރު އަބޫބަކުރު އާއި ދެމެދު ކ. މާފުށީ ޓްވައިލައިޓް އޭކިޔާ ގއާއެ ގޯތީގައިވާ އެންމެހާ ތަންތަނާއި ވަޅުފަދަތަންތަން ކުއްޔަށް ދިނުމާއިމެދު އެގްރިމެންޓެއް ހެދުމަށް ފުރުޞަތުދިނުން؛
4.5. އެ ތިން މަސްދުވަހގު ތެރޭގައި ކ. މާފުށީ ޓްވައިލައިޓް އޭކިޔާ ގެއާއި ގޯތީގައިވާ އެންމެހާ ތަންތަނާއި ވަޅުފަދަތަންތަން ހުންނަންވާނީ […] ޢަބްދުއްސައްތާރު އަބޫބަކުރުގެ ބެލުމުގެ ދަށުގައި ކަމަށާއި، އެތަނަށް ލިބެންޖެހޭ އެންމެހާ ގެއްލުންތަކުގެ ޒިންމާނަގަންޖެހޭނީ […] ޢަބދުއްސައްތާރް އަބޫބަކުރު ކަމަށާއި އެ ތިން މަސދުވަހުގް ތެރޭގައި އޢެ މާރާތުގ ކުލީގެ ގޮތުގައި ދައްކަންޖެހޭ ކުއްޔަކީ މިހާރުވެސް ދައްކަމުންދާ ކުލީގެ ރޭޓުކަމަށްވާތީ ކުރިންވެސް ކުލިދައްކަމުންދިޔަ ތާރިޚާއި ފުށުނާރާގޮތުގެ މަތިން ކުލި ކ. މާފުށި ޓްވައިލައިޓް ރާމިޒާ މުޙައްމަދު އަށް ދައްކަމުން ދިއުމަށް މާލެ […] ޢަބްދުއްސައްތާރު އަބޫބަކުރު އަށް އަންގކަމަށާއި؛
5.5. ތިންމަސްދުވަހުގެ ތެރޭގައި ދެފަރާތުން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެ ތިން މަސް ފާއިތުވުމުން ކ. މާފުށީ ޓްވައިލައިޓް އޭކިޔާ ގެއާއި ގޯތީގައިވާ އެންމެހާ ތަންތަނާއި ވަޅުފަދަތަންތަން ކ. މާފުށީ ޓްވައިލައިޓް ރާމިޒާ މުޙައްމަދު އާއި ޙަވާލުކުރުމަށް މާލެ […] ޢަބްދުއްސައްތާރު އަބޫބަކުރު އަށް އަންގކަމަށް؛
6.5. […] ޢަބްދުއްސައްތާރު އަބޫބަކުރު އަށް ލިބެންޖެހޭ ޙައްޤެއް ހޯދުމަށް ކަމާބެހޭ ފަރާތަކަށް ދިއުމުގެ ފުރުޞަތު […] ޢަބދުއްސައްތާރް އަބޫބަކުރު އަށް އޮތްކަމަށް އެފަރާތަށް އަންގާ ކަމަށް؛ އިސްތިއުނާފީ ނުކުތާތަކާއި، އެ ނުކުތާތަކަށް ދީފައިވާ ރައްދާ އ ކޯޓުން ގޮތެއް ނިންމަންޖެހޭ ކަންތައްތައް މާލެ އަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު ނަންބަރު C/2018-12-H/24 ޤަޟިއްޔާ އިސްތިއުނާފުކުރަމުނ ޢަބްދުއްސައްތާރު އަބޫބަކުރުގެ ފަރާތުން 04 (ހަތަރެއް) އިސްތިއުނާފީ ނުކުތާ ހުށަހަޅާފައިވެއެވެ. މި ގތުނޮ ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަކީ،
1.6. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ރިޢާޔަތްކުރެއްވުމެއް ނެތި މައްސަލަ ނިންމަވާފައިވުން.
2.6. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި އެހެން ފަރާތަކަށް ކުއްޔަށް ނުދެވޭނެކަމަށް ބުނެފައި ނެތުމަކީ އޯނަރުގެ ރުހުން ހޯދަންޖެހޭ ކަމެއް ކަމަށް ކަނޑައަޅައި އެއްބަސްވުން ބާޠިލް ކުރެއްވުން.
3.6. އެއްބަސްވުން ބާޠިލް ކުރެއްވުމުގައި ޝަރީޢަތުން ރިޢާޔަތް ކުރައްވާފައިވާ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާ ބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ މަފްހޫމް ކުރައްވާފައި ވަނީ ރަނގަޅަށް ކަމުގައި ބެލެވެން ނެތުން.
4.6. ޝަރީއަތުން މައްސަލަ ނިންމެވުމުގައި އިތުރު އެއްބަސްވުމެއް ހެދުމަށް ފުރުސަތު ދީފައިވަނީ ކއްޔަށު ހިފި ފަރާތުގެ ޙައްޤުތައް ގެއްލޭފަދަ ގޮތަކަށް ކަމުގައި ބެލެވުން. މިނުކުތާތަކުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންކޮށްފައިވަނީ،
1.7.މ އެގްރިމެންޓުގައި ބަޔާންވެގެންވާ، އަދި ބަޔާންވެފައިނުވާ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ހައްލު ކުރުމަށް ފުރަތަމަ މަސައްކަތް ކުރާނީ ދެފަރާތުން ވާހަކަ ދައްކައިގެންނެވެ. ނުވަތަ ދެފަރާތުން އައްޔަންކުރާ ބަޔަކު ވާހަކަ ދައްކައިގެންނެވެ." މިފަދައިން އެގްރިމެންޓުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ އެގްރިމެންޓުގެ 04 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުލީގެ މިންވަރު ބަދަލު ކުރުމަށް ރާމޒި މުޙައްމަދގު ފަރާތުން ވާހަކަ ދެއްކިކަމަށާ އ އެކަމަށް ޢަބްދުއްސައްތާރު އަބޫބަކުރު އެއްބަސްވެފައިނުވުމުން އެގްރީމަންޓްގައި އޮތް ކަމަކާ މެދު ބަދަލެއް ގެނެވޭތޯ މަސައްކަތް ކޮށްފައިވާނެކަމަށެވެ.
2.7.ރާމިޒާ މުޙައްމަދުގެ ނުރުހުމުގައި އެތަން އެހެ ނ ފަރާތަކަށް ކުއްޔަށް ދިނުމަށް ހުއްދަކުރާ މާއްދާއެއް ނެތްކަމަށާއި، ހުއްދަ ނެތި ތަން އެހެން ފަރާތަކަށް ކުއްޔަށް ދިނުމުގެ އިޚްތިޔާރު ލިބިގެން ނުވާކަން ޢަބްދުއްސައްތާރު އަބޫބަކުރު އަށް އެނގޭކަން އަދި ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުން އެއީ އެގްރިމެންޓާ ޚިލާފަށް ކުރެވޭ ކަމެއްކަން ޢަބްދުއްސައްތާރު އަބޫބަކުރު ގަބޫލުކުރާކަނ އެނގޭކަން ބަޔާންކޮށްފައިވެއެވެ.
3.7. ކޮންޓްރެކްޓާ ބެހޭ ޤާނޫނު ގެ 11 ވަނަ މާއްދާގެ (ހ) ރިޢާޔަތް ކުރައްވާ ދަށު ކޯޓުން މައްސަލަ ނިންމަވާފައިވަނ ޤާނޫނީ ހަމަތަކުގެ މަތިންނެވެ. އެގްރިމެންޓް ކުރެވުނު ޓްވައިލައިޓ ކިޔް ގޯތީގައި ޢަބްދުއްސައްތާރު އަބޫބަކުރުގެ ފަރާތުން ގެސްޓްހައުސްއެއް ހަދައި ހިންގުމަށެވެ. އެފަރާތުން ބޭނުންވުމުން އެހެން ފަރާތކަ ށ ކުއްޔަށް ދިނުމަށް ބުނެފައި ނުވެއެވެ. އެހެން ފަރާތަކަށް ކުއްޔަށް ދެވޭނެކަން ޢަބްދުއްސައްތާރު އަބޫބަކުރު، ރާމިޒާ މުޙައްމަދު އަށް އަންގާފައިނުވާކަމަށާއި އަދި ރާމިޒާ މުޙައްމަދު އެކަމަށް އެއްބަސްވެފައި ނުވާކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ޢަބްދުއްސައްތާރު އަބޫބަކުރުގެ ފަރާތުން އެހެން ފަރާތަކަށް ކުއްޔަށް ދިން ދިނުމަކީ ކޮންޓްރެކްޓާ ބެހޭ ޤާނޫނގު 5 ވަނަ މާއްދާއާ ޚިލާފުކަމެއް ކަމަށެވެ. އިސްތިއުނާފީ މައްސަލަތަކުގައި ދަށު ކޯޓުން މައްސަލަ ނިންމުމުގައި މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީގޮތުން ގޯހެއް ހަދާފައިވާކަމަށް ބުނާބުނުމަކުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހައިކޯޓުގައާ އިސްތިއުނާފުކުރަން ހުއްދަކުރާ މިންގަނޑު ވާސިލުނވާކަމަށާއު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ބުނާނަމަ ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ރިޢާޔަތަ ހެކިތަކަށް ރިޢާޔަތްނުކުރާކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ޤާނޫނުނަންބަރު 4/91 ޤާނޫނޫ ބަހުސަކީ ކޮބައިކަން އެނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް ބުނަންވާނެކަމަށް ސުޕްރީމް ކޯޓުގެ ޤަޟިއްޔއިނާ އެކަށައަޅުއްވާފައިވެއެވެ.
1.8. މިއުޞޫލު މިމައްސަލައަށް ތަޠްބީޤުކުރުމަށް ބަލާއިރު އިސްތިއުނާފީ ބައެއް ނުކުތާތަކުގައި، ދަށު ކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ބުނާ ސަބަބު ޤާނޫނުތަކުގެ މާއްދާއާއި އުޞޫލުތަކުގެ އަލީގައި ބަޔާންކުރެވިފައި ނުވެއެވެ. އެހެންކަމުން މިނުކުތާތަކ މެދާ މިކޯޓުން ގޮތެއް ކަނޑައެޅުމަށްޓަކައި ޚިލާފވު ޤާނޫނީ އުޞޫލު ސާފުނުވާތީ އެކަމާ މެދު ގޮތެއް ކަނޑައެޅިދާނެ ކަމުގައި ނުދެކެމެވެ. މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި ދެކެވިފައިވާ ވާހަކަތަކަށާއި ބުނެވިދިޔަ އިސްތިއުނާފާ އުޞޫލުތަކަށް ރިޢާޔަތްކޮށް މިމައްސަލައިގައި މިކޯޓުން ގޮތެއް ކަނޑައަޅަން ޖެހެނީ އަނން ނިވަ ދެ ޤާނޫނީ ސުވާލަށް ކަމުގައި ދެކެމެވެ.
1.9.އެއްބަސްވުން ބާޠިލް ކުރެއްވުމުގައި ޝަރީޢަތުން ރިޢާޔަތް ކުރައްވާފައިވާ ކޮންޓްރެކްޓާ ބެހޭ ޤާނޫނު ގެ 11 ވަނަ މާއްދާގެ (ހ) ގެ މަފްހޫމް މާނކުރައްވަ ތަޠްބީޤުކޮށްފައވަނި ރަނގަޅަށްތޯ ނުވަތަ ނޫންތޯ؟
2.9.އެއްބަސްވުމުގައި ލާޒިމް ނުކުރާ ކަމެއްގެ މައްޗަށް ބިނާކޮށް އެއްބަސްވުމާ ޚިލާފުވީ ކަމަށް ބެލިދާނެތޯ؟ ކޮންޓްރެކްޓާ ބެހޭ ޤާނޫނު ގެ 11 ވަނަ މާއްދާއާ ގުޅާ
110 ދަށު ކޯޓުގެ ރިޕޯޓު ގެ 5 ވަނަ ނުކުތާގައި ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 11 ވަނަ މާއްދާ މިމައްސަލައަށް ތަޠްބީޤުކޮށްފައިވ ގޮތާ ބަޔާންކޮށްފައިވެއެވެ. އެގޮތުން އެނުކުތާގައި ބަޔާންކޮށްފައިވަނީ، "ރާމިޒާ މުޙައްމަދު އާއި ޢަބްދުއްސައްތާރު އަބޫބަކުރު އާއި ދެމެދު 01 މާރިޗް 2013 ދުވަހު، 15 (ފަނަރަ) އަހަރުގެ މުއްދަތަށް ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/191 ޤަޟިއްޔާ، ސުޕްރީމް ކޯޓުގެ ނަންބަރު A/09-SC/2019 ޤަޟިއްޔާ އިސްތިއުނާފީ ނުކުތާ 7.1 އަދި 7.4 ޤާނޫނު ނަންބަރު 4/91 ޤާނޫނު ނަންބަރު 4/91 މާލެ އަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު ނަންބަރު C/2018-12-H/24 ޤަޟިއްޔާ ކ. މާފުށި، ޓްވައިލައިޓް އެވެ ކިޔާ ގޯތީގައި ގެސްޓްހައުސްއެއް ޢިމާރާތްކޮށް ގެސްޓް ހައުސްއެއް ހިންގުމާ ގުޅޭ ގޮތުން އެއްބަސްވުމެއް ޤާއިމުވުމަށްފަހު، ބިމުގެ ވެރިފަރާތްކަމުގައިވާ ރާމިޒާ މުޙައްމަދުގެ ރުހުމެއް ކުރިން ހޯދުމަކާ ނުލައި ދޢުވަ ލިބާ ޢަބްދުއްސައްތާރު އަބޫބަކުރު ތިންވަނަ ފަރާތަކަށް ތަން ކުއްޔަށް ދިނުމަކަ ރާމިޒާ މުޙައްމަދު އެއްބަސްވުން އޭގެ މައްޗަށް ޤާއިމުކުރި ޙަޤީޤަތް ރާމިޒާ މުޙައްމަދު އަށް ނޭނގި ބަދަލުކުރުންކަމާއި، އެއްބަސްވާ މީހުން އެޙަޤީޤަތެއްގެ މައްޗަށް އެއްބަސްވި ޙަޤީޤަތް އެއްބަސްވުމުގެ އެއްވެސް މީހަކަށް ނޭނގި ބަދަލުވެއްޖެނަމަ، އެއެއްބަސްވުމަކީ ބާޠިލް އެއްބަސްވުމެއްކަން ޤާނޫނު ނަންބަރު 91/4 ( ކޮންޓްރެކްޓާ ބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ މަފްހޫމުން އެގެއެވެ." މިފަދައިންނެވެ.
210 ކޮންޓްރެކްޓާ ބެހޭ ޤާނޫނު ގެ 11 ވަނަ މާއްދާގައި ބަޔާންވެފައިވަނީ އަންނަވި ފަދައިންނެވެ. 11 ވަނަ މާއްދާ - ހަގީގަތެއް ބަދަލުވުން
(ހ) ކޮންޓްރެކްޓްކުރާ މީހުން އެހަގީގަތެއްގެ މައްޗަށް އެކޮންޓްރެކްޓުކުރި ހަގީގަތް ކޮންޓްރެކްޓްގައި ބައިވެރިވި އެއްވެސް މީހެއްގެ ބާރެއްނެތި ބަދަލު ވެއްޖެނަމަ އެކޮންޓްރެކްޓް ވާނީ ބާތިލު އެއްޗަކަށެވެ.
(ށ) މިމާއްދާގެ (ހ) ގައިވާ ހަގީގަތް ބަދަލުވުމަކީ، އެ ކޮންޓްރެކްޓްގެ މުހިންމު ބައެއް ބަދަލުވުމެވެ.
310 މިމާއްދާގެ އަސްލު މަފްހޫމަކީ ކޮންޓްރެކްޓް ކުރާ މީހުން އޙެ ޤީޤަތެއްގެ މައްޗަށް އެކޮންޓްރެކްކުރި ޙަޤީޤަތަ ކޮންޓްރެކްޓްގައި ބައިވެރިވި އެއްވެސް މީހަކަށް ނޭނގި ނުވަތަ އެއްވެސް މީހެއްގެ ބާރެއް ނެތި ބަދަލު ވެއްޖެނަމަ އެކޮންޓްރެކްޓެއް ބާޠިލްވުމުގެ މަފްހޫމެވެ. މިއީ ލެޓިން މެކްސިމްއެއް ކަމަށްވާ އިގްނޮރެންޝިއާ ފެކްޓައި އެކްކިއުސެތު (Ignorantia facti Excusat ( މެކްޒިމްގެ ދަށުން "މިސްޓޭކް އޮފް ފެކްޓް" ގެ ގޮތުގައި ޢާންމު އުސޫލުން ބަލައިގަނެފައިވާ މަފްހޫމެވެ. މިމާއްދާގެ ދަށުން އެއްބަސްވުމެއް ބާޠިލް ވަނީ އެއްބަސްވުމުން ބަނދެވޭ ވަގުތު ދެފަރާތަށް ޤަބޫލުކުރެވިފައިވާ ޙަޤީޤަތއެ އެއް ވެސް ފަރާތަކަށް ނޭނގި ނުވަތަ އެއްވެސް ފަރާތެއްގެ ބާރެއް ނެތި އެޙަޤީޤަތް ބަދަލުވާ ޙާލަތުގައެވެ.
410 މި އުސޫލު މިމައްސަލައަށް ދަށު ކޯޓުން ތަޠްބީޤުކޮށްފައިވާ އިރު، މައްސަލަ ހުށަހެޅި ޚަޞްމެއްގެ ފަރާތުން މިކަން ފާހަގަކޮށް އޮޅިފައިވާ ނުވަތަ ބަދަލުވެފައިވާ ޙަޤީޤަތެއް އޮތް ކަމަށާއި އެކަމުގެ މައްޗަށް ބިނާކޮށް އެއްބަސްވުން ބާޠިލްކުރަން އެދިފައިވާކަން އެނގެން ނެތެވެ. ދަށު ކޯޓު ރިޕޯޓު ގައި ބަދަލުވި ޙަޤީޤަތްކަމަށް ބަޔާންކޮށްފައިވަނީ "ބިމުގެ ވެރިފަރާތްކަމުގައިވާ ރާމިޒާ މުޙައްމަދުގެ ރުހުމެއް ކުރިން ހޯދުމަކާ ނުލައި ދަޢުވާ ލިބޭ ޢަބްދުއްސައްތާރު އަބޫބަކުރު ތިންވަނަ ފަރާތަކަށް ތަން ކުއްޔަށް ދިނުމަކީ ރާމިޒާ މުޙައްމަދު އެއްބަސްވުން އޭގެ މައްޗަށް ޤާއިމުކުރި ޙަޤީޤަތް ރާމިޒާ މުޙައްމަދު އަށް ނޭނގި ބަދަލުކުރުން" މިފަދައިނއެވެ.
510 ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ޢާންމު އުސޫލުން އެއްބަސްވުމެއް ބާޠިލްކުރެވެނީ، އެ ޙަޤީޤަތެއްގެ މައްޗަށް ކޮންޓްރެކްޓް ކުރި ޙަޤީޤަތެއް އޮޅިފައިވުމުނ ނުވަތް ބަދަލުވެފައިވުމުންނެވެ. އެއާ ޚިލާފަށް މޙި ލަތުގައާ އެފަދަ ޙަޤީޤަތެއް ބަދަލެއް ނުވެއެވެ. ރާމިޒާ މުޙައްމަދު އެއާ ޢަބްދުއްސައްތާރު އަބޫބކުރުއަ ދެމެދާ ވެވުނު އެއްބަސްވުން އެގޮތުގައި ދެމިގެންވެއެވެ. ރާމިޒާ މުޙައްމަދު އަށް އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ކުލި ދެއްކުމަކީ އަދިވެސް ޢަބްދުއްސައްތާރު އަބޫބަކުރު ގެ ޒިންމާއެކެވެ. ޢަބްދުއްސައްތާރު އަބޫބަކުރު އާއި ފަހިޔާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ކުރެވުނު އެއްބަސްވުމަކުން ވެސް މިޙަޤީޤަތ ބަދަލެއް ނުވެއެވެ. އެހެނީ، އެ އެއްބަސްވުމުގައިވެސް ކުއްޔަށްދެވޭ ތަނަކީ ރާމިޒާ މުޙައްމަދު ނަމުގައި ރަޖިސްޓަރީކޮށްފައިވާ އަދި ޢަބްދުއްސައްތާރު އަބޫބަކުރުގެ ނަމުގައި ހިންގަމުންދާ "ނާނިއާ މޯލްޑިވްސް" ގެސްޓް ހައުސްކަން އެނގެއެވެ. އެހެންކަމުން ދަށު ކޯޓުން ނިންމާފައިވާ ފަދައިން ރާމިޒާ މުޙައްމަދު އެއާ ފަހިޔާ އެންޓަރޕްރައިސަސްއ ދެމެދާ އެއްބަސްވުމެއް ވެވޭ ފަދައިން އެއްބަސްވުމުގެ މުހިއްމު ޙަޤީޤަތއެ ބަދަލުވީ ކަމުގައި ބެލެވޭނެ ޤާނޫނީ ހަމައެއް އޮތް ކަމުގައި ނުދެކެމެވެ. މާލެ އަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު ނަންބަރު C/2018-12-H/24 ޤޟިއްޔަ ފާހަގަކުރެވުނު ނުކުތާ 5 ޢަބްދުއްސައްތާރު އަބޫބަކުރު އާއި ފަހިޔާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމުގެ 3 ވަނަ މާއްދާ
610 ހަމައެއާއެކު، ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން އެއްބަސްވުމެއް ބާޠިލްކުރެވޭނީ "ކޮންޓްރެކްޓުގައި ބައިވެރިވި އެއްވެސް މީހެއްގެ ބާރެއް ނެތި" އެއްބަސްވުމުގެ ޙަޤީޤަތެއް ބަދަލުވުމުންނެވެ. އެއާ ޚިލާފަށް މިމައްސަލައިގައި ހިމެނޭ އެއްބަސްވުމުގެ ދަށުން ތިންވަނަ ފަރާތަށް ތަން ކުއްޔަށް ދީފައިވަނީ އެއްބަސްވުމުގެ ބައިވެރިއެއް ކަމުގައިވާ ޢަބްދުއްސައްތާރު އަބޫބަކުރުގެ އެނގުމާއި ފެނުމުގެ ތެރެއިން އެފަރާތުން އިޚްތިޔާރުކުރި ޢަމަލެއްގެ ސަބަ ބުންނެވެ. އެއްބަސްވުމުގެ ބައިވެރިއަކު ޤަސްދުގައި އެނގިހުރެ އެއްބަސްވުމާ ޚިލާފަށް ކުރާ ކަމަކާ ގުޅިގެން ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލްކުރެވޭނެ ޤާނޫނީ އަސާސެއް އޮތް ކަމުގައި ނުދެކެމެވެ. އެއްބަސްވުމުގެ ބައިވެރިއަކު އެނގިހުރެ އެއްބަސްވުމުގެ ޙަޤީޤަތެއް ޤަސްދުގައި ބަދަލުކުރާނަމަ އެވާނީ އެއްބަސްވުމާ ޚިލާފު ޢަމަލެއް ކަމަށާއި އެހާލަތުގައި އެއްބަސްވުމުގެ ބައިވެރިންނަށް ޤާނޫނީގޮތުން ލިބޭ ފަރުވާ ތަފާތުކަމަށް ވާތީ މިމާއްދާގެ ދަށުން އެއްބަސްވުމެއް ބާޠިލްކުރެވެންވާނީ މިމާއްދާގައިވާ އުންސުރުތައް ފުރިހަމަވެގެންކަމާއި އެއުންސުރުތައް މިމައްސަލައިގައި ފުރިހަމަ ވާކަމަށް ނުދެކެމެވެ.
710 އެހެންކަމުން، މާލެ އަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު ނަންބަރު C/2018-12-H/24 ޤަޟިއްޔާގައި ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 11 ވަނަ މާއްދާ މިމައްސަލައަށް ތަޠްބީޤުކުރެ ވިފައިވަނ ޤާނޫނީ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަމުގައި އަހުރެން ނުދެކެމެވެ. 11 ތިންވަނަ ފަރާތަކަށް ކުއްޔަށްދިނުމާ ގުޅޭ .111 ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައަ އެހެން ފަރާތަކަށް ކުއްޔަށް ނުދެވޭނެކަމަށް ބުނެފައި ނެތުމަކީ އޯނަރުގެ ރުހުން ހޯދަންޖެހޭ ކަމެއް ކަމަށް ކަނޑައަޅައި އެއްބަސްވުނ ބާޠިލް ކުރެއްވުން އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
11.2 މަދަނީ އިލްތިޒާމްތަކުގެ އެންމެ މުހިންމު އެއް މަސްދަރަކީ ދެފަރާތުގެ މެދުގައިވާ އަޤްދު (ކޮންޓްރެކްޓް) އެވެ. ދެފަރާތުގެ މެދުގައި އުފެދޭ ދެބަސްވުންތަކާއި އެހެނިހެންކަންކަން ޙއްލުކުރުމަށަ ދެފަރާތުންމެ ރުޖޫޢަވުން ލާޒިމު ވަނީ ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމަށކަން ޝަރުޢީ ޤއިދާއެއާ ކަމުގައިވާ "العقد شريعة المتعاقدين" (އެކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ޙަކަމަކީ އެކޮންޓްރެކްޓް) އިން އެނގެއެވެ. .311 ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމަށް ބަލާއިރު އެއްބަސްވުމުގެ 3 ވަނަ މާއްދާގައި މިއެގްރީމަންޓްގެ ކުއްޔަށްދޭ ތަނަކީ ކ. މާފުށީ ރަތްވިލާގެ ރާމިޒާ މުޙައްމަދުގެ ނަމުގައި ރަޖިސްޓަރކޮށްފައިވީ ކ. މާފުށި/ޓްވައިލައިޓް އެވެ ކިޔާ 3500 ( ތިންހާސް ފައްސަތޭކަ) އަކަ ފޫޓުގެ ގޯއްޗާއި ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅު ފަދަ ތަންތަނެވެ. އަދި މިއެގްރީމަންޓްގެ ދަށުން މިގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނަށް ގެންނަށް ބޭނުން ކޮންމެ ބަދަލެއް ގެނައުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ކުއްޔަށްހިފި ފަރާތަށް ލިބިގެންވެއެވެ. .411 އެއްބަސްވުމުގެ 4 ވަނަ މާއްދާގައި ކުއްޔަށްދެވޭ މުއްދަތާއި ކުއްޔަކީ ކޮބައިކަން ތަފްސީލްކޮށް ބަޔާންކޮށް ފައިވެއެވެ.
11.5 ކުއްޔަށް ހިފާ ފަރާތުގެ ޒިންމާ ކަމުގައި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގއަ ހިމެނެނީ؛ .5.111 ކޮންމެ މަހަކު 10 ވަނަ ދުވަހުގެ ކުރިން ކުލި ދެއްކުނު .5.211 މިގޯތީގައމަދުވެގެނި 7 ކޮޓަރީގެ ގެސްޓް ހައުސްއެއް ޢިމާރާތްކުރުމަށް ޤަސްދުކުރކަނާ.
11.5.3 އަދި މިގެސްޓްހައުސްގެ ކަރަންޓާއި ފެނާއި ފޯނުބިލު އަދި ޓެކްސްއެއް ވާނަމަ އެފައިސާއެއް ދެއްކުން .5.411 ގެސްޓް ހައުސް ހަދާ ނުނިމެނީސް ކުއްޔަށް ހިފާ ފަރާތުން ބިން ދޫކޮށްލަން ބޭނުންނަމަ ތަން ދޫކުރުމުގެ 1 އަހަރު ދުވަހުގެ ތެރޭގައި 2 ކޮޓަރީގެ އެޕާރޓްމަންޓެއް ގޯތީގައި ޢިމާރާތްކުރުން .5.511 އަދި ޢިމާރާތަށް ޤުދުރަތީގޮތުނ ލިބް ގެއްލުންތައް ފިޔަވައި އެހެނިހެން ގެއްލުންތައް މަރާމާތުކުރުން .611 ކުއްޔަށް ދޫކުރާ ފަރާތަށް އެއްބަސްވުމުގެ ދަށުން ލާޒިމުކުރާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ .6.111 ސަރުކާރުގެ ފަރާތްތަކުން ބޭނުންވާ ހުއްދައެއް ހޯދަންޖެހިއްޖ ނަމެ އެހުއްދައެއ ހޯދުމަށް ލިޔާ ލިޔުންތަކުގައި މަސައްކަތަށް ދަތިނުވާނޭގޮތުގެ މަތިން ޢިމާރާތުގެ ވެރި ފަރާތުން ސޮއިކޮށްދީ އެހީތެރިވެދީ އެފަދަ ތަނަކަށް ޢިމާރާތުގެ ވެރިފަރާތުން ޙާޟިރުވުމަށް އެތަނަކުން އަންގަވައިފިނަމަ އެތަނަށް ޙާޟިރުވެ އެކަމެއް ހަމަޖެއްސުމުގައި އެހީތެރިވުން އެއްބަސްވުމުގެ 7 ވަނަ މާއްދާގައި އެއްބަސްވުމުގެ 8 ވަނަ މާއްދާގައި އެއްބަސްވުމުގެ 12 ވަނަ މާއްދާގެ ދަށުން
2.6.11 ބިމުގައި ކުރާ މަސައްކަތަށް ދަތިވާ އެއްވެސް ކަމެއް ނުކުރުން .711 މީގެ އިތުރުން އެއްބަސްވުމުގައި ބަޔާންވެގެންވާ އަދި ބަޔާންވެފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެކަން ޙައްލުކުރުމަށް ފުރަތަމަ ދެފަރާތުން ނުވަތަ ދެފަރާތުން ޢައްޔަނުކުރ ބަޔަކާ ވާހަކު ދައްކާނީކަމަށާއި އެގޮތަށް ޙައްލުނުވެއްޖެނަމަ، ޝަރުޢީ ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދާނީ ކަމަށާއި މިގޮތުން ކޯޓުން މައްސަލަ ނިންމުމުގައި ދެފަރާތުންވެފައިވާ އިޤރާރުތަކަށާއު ޢިމާރާތްކުރުމަށް ކޮށްފައިވާ ޚރަދަށަ ބެލުމަށް އެދޭކަމަށް ބަޔާންކޮށްފައިވެއެވެ.
11.8 އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އެގްރީމަންޓްގެ އެއްވެސް މާއްދާއަކާ ޚިލާފު ނުވާހާ ހިނދަކު މިއެގްރީމަންޓްގެ މުއްދަތުގައި ކުއްޔަށް ހިފާ ފަރާތުގެ ކިބައިން ކުއްޔަށްދޫކޮށްފައިވާ ގޯއްޗާއި ޢިމާރާތް އަތުނުލެވޭނެއެވެ. އަތުލަން ބޭނުންނަމަ އަތުލެވޭނީ ޢިމާރާތްކުރި މަށް ޚަރަދުކޮށްފައިވު -/,0000300 (ތިން މިލިއަން) ރުފިޔާއާއި ތަން އަތުލާއިރު މުއްދަތުން ބާކީ އޮތް ތަނަށް ގެސްޓްހައުސްގެ ގޮތުގައި ޢިމާރާތް ކުއްޔަށްދީގެން ލިބޭ މަންފާއާއިއެކު ދޭންޖެހޭ މިންވަރެއްގެ ފައިސާ އެއްފަހަރާ ދިނުމުންކަމަށެވެ.
911 އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި ތަން ތިންވަނަ ފަރާތަކަށް ކުއްޔަށްދިނުމާ ބެހޭ މާއްދާއެއް ހިމެނިފައިނެތްކަމަށ ދެފަރާތުން އެއްބަސްވެއެވެ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާގެ 4 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވަނީ "...... އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި ޓްވައިލެޓް އެވެ ކިޔާ ގޯތީގައި ޢިމާރާތްކުރާ ގެސްޓްހައުސް ތިންވަނަ ފަރާތަކަށް ކުއްޔަށް ނުދެވޭނެކަމަށް ބަޔާންކުރާ މާއްދާއެއް ނެތްއިރު އެކަން ހުއްދަކަމަށ ބަޔާނކުރް އެއްވެސް މާއްދާ އެއް ނެތަތީ ބިމުގެ ވެރިފަރާތް ( ލޭންޑް އޯނަރ) އެއްބަސްވުމުގެ 9 ވަނަ މާއްދާގެ ދަށުން ގެ ރުހުމަކާ ނުލައި ތިންވަނަ ފަރާތަކަށް ކުއްޔަށްދިނުން ހުއްދަކުރާ ޝަރުޢީ އަދި ޤާނޫނީ ދަލީލެއް ކަމުގައި ޝަރީޢަތަށް ބުރަވެވެން ނެތް ކަމެވެ" މިފަދައިންނެވެ.
11ޕްރިސިޑެންސް 4ޕްރިސިޑެންސް 5ޕްރިސިޑެންސް 6ޕްރިސިޑެންސް 710 ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނު 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާ މާއްދާގެ ދަށުން ބަންޑާރަ ގޯއްޗެއް ކުއްޔަށްދިނުން ހުއްދަ ކޮށް ލާޒިމުކުރާއިރު މިފަދަ އެއްބަސްވުމުގައި ހިމަނަންޖެހޭ ކަންތައްތައް އެޤާނޫނުގެ ދަށުން ހެދިފައިވާ ގޯއްޗާއި ގޯތީގައި ހަދާ ޢި މާރާތ ކުއްޔަށް ދިނުމާ ބެހޭ ގަވާއިދު ގައި ބަޔާންކޮށްފައިވާއިރު ތިންވަނަ ފަރާތަށް ކުއްޔަށް ދިނުން ނުވަތަ އެސައިންކުރުން ފަދަ ޙައްޤުތަކާއި ބެހޭ ވާހަކަ ބަޔާންކޮށްފައިނުވެއެވެ.
11.11 އެހެނިހެން ޤަޟާއީ ނިޒާމު ތަކުގައި ޢަމަލުކުރެވޭ އުސޫލުތަކަށް ބަލާއިރު ބައެއް ޤައުމުތަކުގައި ތިންވަނަ ފަރާތަށް ކުއް ޔަށްދޭނަމަ ތަނުގެ ވެރިފަރާތުގެ ހުއްދަ ހޯދުން ޤާނޫނުތަކާއި ގަވާއިދުން ލާޒިމް ކުރާކަމާއި މިފަދަ ޙާލަތްތަކުގައި އެއްބެސްވުމުގައި އެފަދަ މާއްދާއެއް ނެތަސް އެއްބަސްވުން ބާޠިލްކުރުމާ މެދު ފިޔަވަޅު އެޅުމުގެ ޙައްޤު ތަނުގެ ވެރި ފަރާތަށް ލިބެއެވެ. އެހެންނަމަވެސް، ޤެ ނޫނަކުން އަދި ގަވާއިދަކުނާ މިފަދަ ހަނިކުރުމެއް ނެތްކަމުގައިވާނަމަ، ސަބް ލީޒް ކުރުމާއި އެސައިނ ކުރުން ފަދަ ޙައްޤުތަކަކީ ކުއްޔަށް ހިފުމުގެ ޙައްޤާއި ގުޅިގެން ތަބަޢީ ގޮތުން އެކުއެކީގައި ލިބިގެންވާ ޙައްޤުތަކެއް ކަމުގައި ބެލެވެއެވެ. އަދި މިޙައްޤު ހަނިކުރެވޭނީ އެއްބަސްވުމުގައި އކަނެ ޞރަ ޙީ ކޮށް ބަޔާންކޮށްގެންނެވެ. (ގާނޫނު ނަންބަރު 1/2002) އާއި އެޤާނޫނަށް ގެނެވިފައިވާ އެންމެހައި އިޞްލާޙުތައް ހިމެނޭގޮތުން ގަވާއިދުގެ 11 ވަނަ މާއްދާ މިސާލަކަށް އިންޑިއާ، އެމެރިކާ މިސާލަކަށް ޕްރޮޕަރޓީ ކޯޑު 1995، ޓެކްސަސް އެމެރިކާ Assignment and subletting are naturally incident to a leasehold estate. They cannot be restricted unless by express stipulation to that effect. Baum v. Tazwell, 26 N.J. Misc. 292, 295 (Cir.Ct. 1948). Therefore, absent a negative covenant, a lease is as assignable as any other contractual right. Matlack v. Arend, 2 N.J. Super. 319, 331 (Ch.Div. 1949); Holmes v. Harris, 33 N.J. Super. 395, 403 (App.Div. 1954)
1211 މިއުސޫލުތައް މިމައްސަލައަށް ތަޠބީޤުކުރުމަށު ބަލާއިރު ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި ތިންވަނަ ފަރާތަކަށް ކުއްޔަށްދިނުން މަނާ ކުރާ މާއްދާއެއް އޮތް ކަން އެނގެން ނެތް ކަމާއި މިކަން އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހުންވެސް އެނގެއެވެ. އެހެންކަމުން މޙި ލަތުގައާ ޢަބްދުއްސައްތާރު އަބޫބަކުރު ތަން ތިންވަނަ ފަރާތަކަށް ކުއްޔަށްދިނުމަކީ ޢބްދުއްސައްތާރަ އަބޫބަކުރު އެއްބަސްވުމާ ޚިލާފުވީ ކަމަށް ބަލައި އެއްބަސްވުން ބާޠިލުކުރުމުގެ ޙައްޤު އުފަންކުރުވާ ކަމެއް ކަމުގައި ނުދެކެމެވެ. އަދި އެއްބަސްވުމުގައި ލާޒިމު ނުކުރާ ޝަރުޠެއްގެ މައްޗަށް ބިނާކޮށް އެއްބަސްވުން ބާޠިލްނުކުރެވޭނ ކަމަށެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފާޠިމަތު ތަސްލީމާ ވ އެޗް. ޑީ. ސީ މައްސަލައަށް ބެލުމުންވެސް ސާފުކޮށް އެނގެއެވެ.
1311 އިސްތިއުނާފު ރައްދުވާ ފަރާތުން އަދި ދަށު ކޯޓުން ފާހަގަކުރާ އެއްކަމަކީ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ ދަށުން އެއްބަސްވުމުގައި ބަޔާންވެގެންވާ އަދި ބަޔާންވެފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެކަން ޙައްލުކުރުމަށް ފުރަތަމަ ދެފަރާތުން ނުވަތަ ދެފަރާތުން ޢައްޔަންކުރާ ބަޔަކު ވާހަކަ ދއްކުމަށެ އެއްބަސްވެފައިވާއިރު، ތަން ކުއްޔަށްދިނުމުގެ ކުރިން އިސްތިއުނާފު ރައްދުވާ ފަރާތާއި މަޝްވަރާކުރެވިފައިނުވާކަމާއ އަދި ތަން ތިންވަނަ ފަރާތަކަށް ކުއްޔަށްދިނުމުން ރާމިޒާ މުޙައްމަދު އާއި ޢަބްދުއްސައްތާރު އަބޫބަކުރާއ ދެމެދި ވެވުނު އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލީގެ މިންވަރު އިތުރުކުރުމަށް ހުށަހެޅުމުން އެކަން ކޮށްފައިނުވާތީ ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފުވާކަމަށް ބުނާ ބުނުމެވެ.
1.13.11 އެއްބަސްވުމުގެ 14 ވަނަ މާއްދާއަށް ބަލާއިރު އެމާއްދާގެ މަޤްޞަދަކީ ދެފަރާތުގެ ދެމެދުގައި އުފެދޭ ޚުޞމާތްތައޫ ޙައްލުކުރުމުގައި ޢަމަލުކުރާނެ އިޖުރާއާތެއް ކަނޑައެޅުން ކަމުގައި A/11-SC/2018 ގެ ފާހަގަކުރެވުނު ނުކުތާގެ 23 ވަނަ ޕެރެގްރާފް ބެލެވެއެވެ. މިމާއްދާގެ ދަށުން ދެފަރާތް ވާހަކަ ދައްކައިގެން ޙއްލުނުވާނަމަ ޝަރްޢީ ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދާނީ ކަމަށް އެމާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި ހަމަ އެމާއްދާގައި މިގޮތުން ކޯޓުން މައްސަލަ ނިންމުމުގައި ދެފަރާތުންވެފައިވާ އިޤރާރުތަކަށާއި ޢިމާރާތްކުރުމަށް ކޮށްފައިވް ޚަރަދށަ ބެލުމަށް އެދޭކަމަށް ބަޔާންކޮށްފައިވއެވެ. އެހެންކަމުން، އިސްވެ ފާހަގަކުރި އުސޫލުން އެއްބަސްވުމާމެދު ގޮތެއް ނިންމުމުގައި ކޯޓުން ބަލަންޖެހޭނީ އެއްބަސްވުމުގައި ދެފަރާތަށް ލާޒިމުކޮށްފައިވާ ކަމަކާ ޚިލާފުވެފައިވޭތޯ ނުވަތަ ނޫންތޯއެވެ. ދަށު ކޯޓުގައި ރާމިޒާ މުޙައްމަދު ދަޢުވާކުރިއިރު އެދިފައިވަނީ ތަން ތިންވަނަ ފަރާތަށް ކުއްޔަށްދިނުމުން ޢަބްދުއްސައްތާރު އަބޫބަކުރު އެއްބަސްވުމާ ޚިލާފުވެފައިވާކަމަށާއި އެހެންކަމުން އެއްބަސްވުން ބާޠިލްކޮށްދިނުމށެވެ. އިސްވެ ބުނެވިދިޔަ ސަބަބުތައް އެހެންހުރުމުން، 14 ވަނަ މާއްދާގެ ދަށުން ކޯޓުން މައްސަލަ ހައްލުކުރުމުގައި އެއްބަސްވުމަށް ރުޖޫޢަވާން ޖެހޭ ކަމާއި، ތިންވަނަ ފަރާތަށް ކުއްޔަށްދިނުމަށް ހުރަސް އެޅޭ މާއްދާއެއް އެއްބަސްވުމުގައި ނެތް ހިނދު އެއްބަސްވުމުގައި ނެތް ކަމެއް ޢަބްދުއްސައްތާރު އަބޫބަކުރު މައްޗަށް ލާޒިމުކަމަށް ބަލައި މިމާއްދާގެ ދަށުން އެއްބަސްވުން ބާޠިލްކުރެވިދާނެކަމުގައި ނުދެކެމެވެ. 12 އިސްވެ ފާހަގަކުރެވުނު ކަންކަމުގެ އަލީގައި ބަލާއިރު، މި މައްސަލައިގައި ދަށު ކޯޓު މަރުޙަލާގައި ކޮންޓްރެކްޓަ ބެހޭ ޤާނޫނުގެ 11 ވަނަ މާއްދާ މިމައްސަލައަށް ތަޠބީޤުކުރެވިފައިވަނ ޤާނޫނީ އ ޞު ލުތަކާއި އެއްގޮތްވާގޮތުގޫ މަތިން ނޫން ކަމުގައިވާތީ މި މައްސަލައިގައި ދަށުކޯޓުން ކުރައްވާފައިވާ ޙުކުމް ބާޠިލްކުރަންޖެހޭ ކަމުގައި މިމައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތފާޤުވެއެވެ.
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 27 ވަނަ އަދި 28 ވަނަ މާއްދާ
- ގޯއްޗާއި ގޯތީގައި ހަދާ ޢިމާރާތް ކުއްޔަށްދިނުމާބެހޭ ގަވާއިދުގެ 11 ވަނަ މާއްދާ
- ޕްރޮޕަރޓީ ކޯޑު 1995، ޓެކްސަސް (އެމެރިކާ)
- ސުޕްރީމް ކޯޓުގެ ނަންބަރު 191A/-SC/2019 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު A/09-SC/2019 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު A/11-SC/2018 ޤަޟިއްޔާ (ފާޠިމަތު ތަސްލީމާ ވ. އެޗް.ޑީ.ސީ)
- Baum v. Tazwell, 26 N.J. Misc. 292 (Cir.Ct. 1948)
- Matlack v. Arend, 2 N.J. Super. 319 (Ch.Div. 1949)
- Holmes v. Harris, 33 N.J. Super. 395 (App.Div. 1954)
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޢަބްދުﷲ ޙަމީދު، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް