ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/327
ޙުސައިން ވަޙީދު ވ. އަޙްމަދު ވަޙީދު، 2018/HC-A/327
Hussain Waheed v. Ahmed Waheed 2018/HC-A/327 (2018/HC-A/327, High Court of the Maldives, 28 January 2021)
ޙުސައިން ވަޙީދު ވ. އަޙްމަދު ވަޙީދު
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، ޢިމާރާތަށް އަޙްމަދު ވަޙީދު ޚަރަދުކުރި 1,720,685ރ. ޙުސައިން ވަޙީދު ދައްކާ ޚަލާސްކުރުމުގެ ކުރިން ފްލޯރތަކުން އަޙްމަދު ވަޙީދު ޝަރީޢަތް މެދުވެރިކޮށް ނެރެވެން ނެތްކަމަށް ޙުކުމްކުރި.
ޙުސައިން ވަޙީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގ.ސަންތަރާގޭގައި އަޙްމަދު ވަޙީދުގެ އަމިއްލަ ޚަރަދުގައި ޢިމާރާތް ކޮށް، ފްލޯރތައް އަޙްމަދު ވަޙީދާ ޙަވާލުކޮށްފައި ވިއެވެ. އެ ފްލޯރތައް އަނބުރާ ހުސްކޮށް ޙަވާލުކުރުމަށް ޙުސައިން ވަޙީދު ދަޢުވާކުރިއެވެ.
ޙުސައިން ވަޙީދު ބުނީ ބިމާބެހޭ ޤާނޫނުގެ 27 (ނ) އާއި ކުލީގެ ގަވާއިދުގެ 10 ވަނަ މާއްދާއާ ޚިލާފު ކަމަށާއި، ފްލޯރތައް ބޭނުންކޮށް ނަފާ ހޯދި މުއްދަތު ޚަރަދުގެ މުޤާބިލުގެ ގޮތުގައި ނުބެލުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު ކަމަށް. އަޙްމަދު ވަޙީދު ކުލީގެ ގުޅުމަށް އިންކާރުކުރި.
މައިގަނޑު ސުވާލު
އިމާރާތަށް ޚަރަދުކުރި ފައިސާ ދައްކާ ޚަލާސްކުރުމުގެ ކުރިން ފްލޯރތަކުން އިސްތިއުނާފު ރައްދުވާ ފަރާތް ނެރެވޭނެ ކަމަށް ސިވިލް ކޯޓުން ކުރި ޙުކުމަކީ ބިމާބެހޭ ޤާނޫނުގެ 27 (ނ)، ކުލީގެ ގަވާއިދުގެ 10 ވަނަ މާއްދާ، އަދި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު ޙުކުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ދަޢުވާ ބިނާވެފައިވަނީ ކުލީގެ އެއްބަސްވުމެއްގެ މައްޗަށް ނޫންކަމާއި، ބޭނުންކުރި މުއްދަތުގެ މުޤާބިލަކާ ބެހޭ ގޮތުން ދަޢުވާގައި އެދިފައި ނުވާތީ ފަނޑިޔާރަށް އެކަމަށް ގޮތެއް ކަނޑައެޅޭނެ ހަމައެއް ނެތްކަމާއި، އެކަމަށް ވަކިން މައްސަލަ ހުށަހެޅުމުގެ ފުރުޞަތު އޮތްކަމާއި.
ކަނޑައެޅުނު އުޞޫލުތައް
- ބިމާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގެ (ނ) އާއި ގޯތީގައި ހަދާ އިމާރާތް ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ 10 ވަނަ މާއްދާއިން، ގޯއްޗެއްގެ ނުވަތަ އިމާރާތެއްގެ ބަޔެއް 1 އަހަރަށްވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދޭނަމަ އެގްރީމަންޓެއް ކުރުން ލާޒިމުކުރެއެވެ؛ ނަމަވެސް ދަޢުވާ ބިނާވެފައިނުވާ، ކުއްޔަށް ދިނިކަމަށް ބަޔާންކޮށްފައިނުވާ އަދި ކުލީގެ ގުޅުމަށް އިންކާރުކުރާ ޙާލަތެއްގައި އެ ޙުކުމްތައް ވާޤިޢާގެ މައްޗަށް ހިނގާނެ ހަމައެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.3)
- ޢާންމު އުޞޫލެއްގެ ގޮތުން މަދަނީ ދަޢުވާތަކުގައި ފައިޞަލާކުރެވޭނީ ޚަޞްމުން އެދިފައިވާ ކަންކަމުގެ މައްޗަށެވެ؛ އެދިފައިނުވާ ކަމަކަށް ފަނޑިޔާރަށް ގޮތެއް ކަނޑައެއް ނުޅޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.3)
- އެހެންކަމުން، ދަޢުވާގައި އެދިފައިނުވާ ކަމެއް ކަމުގައިވާ، އިމާރާތް ބޭނުންކޮށް ނަފާ ހޯދި މުއްދަތު ޚަރަދުގެ މުޤާބިލުގެ ގޮތުގައި ފަނޑިޔާރު ބަލައިނުގަތުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އިންޞާފުވެރި ޝަރީޢަތުގެ ޙައްޤާ ޚިލާފުވާ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.3)
- ޢިމާރާތަށް ކުރި ޚަރަދު ދެއްކެން ނެތްނަމަ، ފްލޯރތައް ބޭނުންކުރުމުގެ ޢަދުލުވެރި މުއްދަތަކާއި މިޘްލީ ކުއްޔެއް ނުވަތަ އަގެއް ކަނޑައެޅުމަށް ދަށު ކޯޓަށް ވަކިން މައްސަލަ ހުށަހެޅުމުގެ ފުރުޞަތު މިލްކުވެރިޔާއަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.3)
ތާއީދުކުރައްވައެވެ. ދަޢުވާގެ ޚުލާޞާ : 1- މިއީ، […] / މާލެ ޙުސައިން ވަޙީދު ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] ގައި ހަދާފައިވާ ޢިމާރާތުގައި […] / މާލީ އަޙްމަދު ވަޙީދއު ޙަވާލުކޮށްފައިވާ ގްރައުންޑް ފްލޯރ، ސެކަންޑް ފްލޯރ، ތާޑް ފްލޯރ، ފޯތު ފްލޯރ އަނބުރާޙުސައިން ވަޙީދއާ ޙަވާލުކުރުމަށް ޙުސައިން ވަޙީދު ގެ ފަރާތުންއަޙްމަދު ވަޙީދަށް ތަކުރާރުކޮށް އެދިފައި ވީނަމަވެސް މި ހިނދާ ހަމަޔަށްވެސް އެ ފްލޯރތައް ޙުސައިން ވަޙީދު އާ ޙަވާލުކޮށްފައި ނުވާތީ، އެ ފްލޯރތަކުގައި ދިރިއުޅޭ މީހުންނާއި ތަކެތި އެ ފްލޯރތަކުން ނެރެ، އެ ފްލޯރތައް ހުސްކޮށް،ޙުސައިން ވޙީދުއާ ޙަވާލުކުރުމަށް އަޙްމަދު ވަޙީދުގެ މައްޗަށް އަމުރުކޮށްދިނުމަށާއި، ކޯޓުން ކަނޑައަޅާ މުއްދަތުގައި ފްލޯރތައް ހުސްކުރުމަށްފަހު ޙުސައިން ވަޙީދުއާ ޙަވާލުނުކޮށްފިނަމަ އަމިއްލައަށް އެ ފްލޯރތައް ހުސްކުރުމުގެ އިޚްތިޔާރު ޙުސައިން ވަޙީދަށް ލިބިގެންވާ ކަމަށް ކަނޑއަޅައިދިނުމަށާއި، މިޙާލަތުގައި ތަނުގައި ހުރި މުދަލާއި، މުދަލަށް ލިބޭ ގެއްލުމާމެދު ޙުސައިން ވަޙީދުޒިންމާވާން ނުޖެހޭނެކަމަށް ކަނޑައަޅައިދިނުމަށާއި، އަދި ޙުސައިން ވަޙީދޯއަމިއްލައަށް ފްލޯރތައް ހުސްކުރާ ޙާލަތުގައި ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެނަމަ، ފްލޯރތައް ހުސްކުރުމުގައި ފުލުހުންގެ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދޭންވާނެކަމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުން އެދިގ.ސަންތަރާގެ/ މާލީ، ޙުސައިން ވަޙީދުގެ ފަރާތުން […] / މާލީ އަޙްމަދު ވަޙީދުގެ މައްޗަށް ދަޢުވާކޮށް ހުށަހެޅިސިވިލް ކޯޓުގެ ނަންބަރ 1755/Cv-C/2017 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނަ،[…] / މާލެ ޙުސައިން ވަޙީދުގެ ފެރާތުން އ ޤަޟިއްޔާދިވެހިރާއްޖޭގެ ހައިކޯޓްގައި އިސްތިއުނާފު ކުރުމުނިބެ ލ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ […] / މާލެ، އަޙްމަދު ވަޙީދެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް: 2- އިސްތިއުނާފު މި ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 1755/Cv-C/2017 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ ]ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، ދަޢުވާކުރާ […] / މާލީ ޙުސައިން ވަޙީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] / މާލީ އެވެކިޔާ )ރަޖިސްޓްރީ ނަންބަރު ބ.16411( ބަންޑާރަ ގޯތީގައި ކޮށްފައިވާޢިމާރާތަކީ ދަޢުވާލިބޭ […] / މާލީ އަޙްމަދު ވަޙީދުގެ އަމިއްލަ ޚަރަދުގައި ކޮށްފައިވާ ޢިމާރާތެއްކަން ޝަރީޢަތަށް ޘާބިތުވާތީ، ބުނެވުނު ޢިމާރާތަށް ދަޢުވާލިބޭ ފަރާތުން ޚަރަދުކޮށްފައިވާ 1,720,685/-ރ. )އެއްމިލިއަން ހަތްލައްކަ ވިހިހާސް ހަސަތޭކަ އަށްޑިހަ ފަސްރުފިޔާ ( ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ދައްކައި، މިފައިސާ ޚަލާސްކުރުމުގެ ކުރިއަށް، މި މައްސަލާގައި ދަޢުވާކުރާ ފަރާތުން އެދިފައިވާ ފަދައިން […] އެވެކިޔާ ބަންޑާރަ ގޯތީގައި ކޮށްފައިވާ ޢިމާރާތުގެ ފްލޯރތަކުގެ ތެރެއިން ދަޢުވާލިބޭ ފަރާތުގެ ބެލުމުގެ ދަށުގައިވާ ގްރައުންޑް ފްލޯރއާއި، ފަސްޓް ފްލޯރއާއި، ސެކަންޑް ފްލޯރއާއި، ތާޑް ފްލޯރއާއި، ފޯތު ފްލޯރ އިން އެ ފަރާތް ޝަރީޢަތް މެދުވެރިކޮށް ނެރެވެން ނެތްކަމަށް ކަނޑައަޅައި، މި ގޮތުގެ މަތީން ޙުކުމްކޮށްފީމެވ[. މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާ : 3- ސިވިލް ކޯޓުގެ ނަންބަރު 1755/Cv-C/2017 ޤޟިއްޔަ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢެޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ،ޙުސައިން ވަޙީދުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަންނަނިވި ނުކުތާ ފާހަގަކޮށް އެނުކުތާއމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ނުކުތާއަކީ : ޙުކުމްކުރައްވާފައިވަނީ ޤާނޫނު ނަންބަރު 2002/1 )ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު( ގެ 27ވަނަ މާއްދާގެ )ނ( އާއި، ގޯތިގޯތީގައި ހަދާ ޢިމާރާތް ކުއްޔަށް ދިނުމާބެހޭ ޤަވާޢިދުގެ 10ވަނަ މާއްދާއަށް ރިޢާޔަތްކުރެއްވުމެއް ނެތި އެ މާއްދާތަކުގެ މަޤުޞަދާ ކަނޑައެޅިގެން ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ )ހ( އަދި )ށ( އާ ޚިލާފަށް ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ. ފާހަގަކުރެވުނު ނުކުތާތައް : 4- ސިވިލް ކޯޓުގެ ނަންބަރު 1755/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޙުސައިން ވަޙީދުގެފަރާތުން ހުށަހަޅާފައިވާ ނުކުތާއށއި،އެނުކުތއާގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މި މައްސަލަ ބެލުމުގައި ބައިވެރިވިދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ .
4.1- ސިވިލް ކޯޓުގެ ނަންބަރު 1755/Cv-C/2017 ޤަޟިއްޔާގެ ދަށުން ޙުސައިން ވަޙީދުގެ ފަރާތުން ކުރި ދަޢުވާގައި، […] އެވެކިޔާ ގޯތީގައި ކޮށްފައިވާ ޢިމާރާތަށް އަޙްމަދު ވަޙީދު ގެ ފަރާތުން ޚަރަދުކޮށްފައިވާ 1,720,685/-ރ. )އެއްމިލިއަން ހަތްލައްކަ ވިހިހާސް ހަސަތޭކަ އަށްޑިހަ ފަސްރުފިޔާ ( ޙުސައިން ވަޙީދު ގެ ފަރާތުން އަޙްމަދު ވަޙީދަށް ދައްކައި، ޚަލާޞްކުރުމުގެ ކުރިން އެ ޢިމާރާތުގެ ފްލޯރތަކުގެ ތެރެއިން އަޙްމަދު ވަޙީދުގެ ބެލުމުގެ ދަށުގައިވާ ގްރައުންޑް ފްލޯރއާއި، ފަސްޓް ފްލޯރއާއި، ސެކަންޑް ފްލޯރއާއި، ތާޑް ފްލޯރއާއި، ފޯތު ފްލޯރ އިން އަޙްމަދު ވަޙީދު ޝަރީޢަތް މެދުވެރިކޮށް ނެރެވެން ނެތްކަމަށް ކަނޑައަޅައިފައިވެއެވެ.
4.2- ސިވިލް ކޯޓުގެ ނަންބަރު 1755/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފުކުރުމަށ ޙުސައިން ވަޙީދު ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު، އެނުކުތާގައި ތިން ކަމެއް ފާހަގަކޮށްފައިވެއެވެ. އެއީ ؛ )ހ( ސިވިލް ކޯޓުގެ ޙުކުމް، ޤާނޫނު ނަންބަރު 2002/1 )ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު( ގެ 27ވަނަ މާއްދާގެ )ނ( އާ ޚިލާފުވާކަމަށް ބުނުމާއި؛ )ށ( ގޯތިގޯތީގައި ހަދާ ޢިމާރާތް ކުއްޔަށް ދިނުމާބެހޭ ޤަވާޢިދުގެ 10ވަނަ މާއްދާއަށް ރިޢާޔަތްކުރެއްވުމެއް ނެތި އެ މާއްދާގެ މަޤުޞަދާ ކަނޑައެޅިގެން ފުށުއަރާކަމަށް ބުނުމާއި؛ )ނ( ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ )ހ( އަދި )ށ( އާ ޚިލާފުވާކަމަށް ދެކމެވެ.
4.3- ޤާނޫނު ނަންބަރު 2002/1 )ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ( ގެ 27ވަނަ މާއްދާގެ )ނ( އަށް ބަލާއިރު އެ އަކުރުގައި ވަނީ، ]ކުއްޔަށްދެނީ ގޯއްޗެއްގެ ބަޔެއް ނުވަތަ އިމާރާތެއްގެ ބަޔެއް ކަމަށްވާނަމަ، އަދި އެތަނެއް ކުއްޔަށްދެނީ 1އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ކަމަށްވާނަމަ، އެ ތަނެއް ކުއްޔަށްދޭންވާނީ، އެތަނެއް ކުއްޔަށް ދިނުމާބެހޭ ގޮތުން، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެގްރީމަންޓެއް ކުރުމަށްފަހުގައެވ[. މިފަދައިންނެވެ. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ގެ ދަށުން ހަދާފައިވާ ]ގޯއްޗާއި ގޯތީގައި ހަދާ އިމާރާތް ކުއްޔަށް ދިނުމާބެހޭ ގަވާއިދު [ ގެ 10ވަނަ މާއްދާގައިވެސް ބުނެފައިވަނީ، ]ކުއްޔަށްދެނީ ގޯއްޗެއްގެ ބަޔެއް، ނުވަތަ އިމާރާތެއްގެ ބަޔެއް ކަމަށްވާނަމަ، އަދި އެތަނެއް ކުއްޔަށްދެނީ 1އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ކަމަށްވާނަމަ، އެ ތަނެއް ކުއްޔަށްދޭންވާނީ، އެތަނެއް ކުއްޔަށް ދިނުމާބެހޭ ގޮތުން، އެގްރީމަންޓް ކުރުމަށްފަހު[.. ގައިކަމަށެވެ. ގޯއްޗެއްގެ ބަޔެއް ނުވަތަ އިމާރާތެއްގެ ބަޔެއް 1އަހަރު ދުވަހަށްވުރެ ގިނަ ދުވަހުގެ މުއްދަތަށް ކުއްޔަށްދޭނަމަ ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތާ ދެމެދު އެގްރީމެންޓެއް ކުރުމަށް އިޝާރާތްކުރެވުނު ޤާނޫނު ގެ 27ވަނަ މާއްދާގެ )ނ( އާއި، ގަވާއިދުގެ 10ވަނަ މާއްދާގެ ދަށުން ލާޒިމްކޮށްފައިވާކަން އެނގެއެވެ. އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 1755/Cv-C/2017 ޤަޟިއްޔާގެ ދަޢުވާއަށް ބަލާއިރު އެ ދަޢުވާއަކީ ޙުސައިން ވަޙީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] ހަދާފައިވާ ޢިމާރާތުންއަޙްމަދު ވަޙީދއާ ޙަވާލުކޮށްފައިވާ ގްރައުންޑް ފްލޯރއާއި، ސެކަންޑް ފްލޯރއާއި، ތާޑް ފްލޯރއާއި، ފޯތު ފްލޯރ އަނބުރާ ޤާނޫނު ނަންބަރު 2200/1 ޙުސައިން ވަޙީ ދއާ ޙަވާލުކުރުމަށް ޙުސައިން ވަޙީދުގެ ފަރާތުން އަޙްމަދު ވަޙީދު ތަކުރާރުކޮށް އެދިފައި ވީނަމަވެސް އެ ފްލޯރތައް ޙުސައިން ވަޙީދއާ ޙަވާލުކޮށްފައި ނުވާތީ ކޮށްފައިވާ ދަޢުވާއެއްކަން އެ ދަޢުވާގެ ޚުލާޞާއިން އެނގެއެވެ. އެ ދަޢުވާގެ، ދަޢުވާ ފޯމަށް ބަލާއިރު، އެ ފޯމުގެ އެއްވެސް ހިސާބެއްގައި […] ހަދާފައިވާ ޢިމާރާތުގެ އެއްވެސް ބަޔެއް ޙުސައިން ވަޙީދުގެ ފަރާތުން އަޙްމަދު ވަޙީދަށް ކުއްޔަށް ދީފައިވާކަމަށް ބަޔާންކޮށްފައިނުވެއެވެ. އެ ދަޢުވާގައި ބަޔާންކޮށްފައިވަނީއަޙްމަދު ވަޙދާއާ ޙަވާލުކޮށްފައިވާ ފްލޯރ ތަކެއް އަނބުރާ ޙަވާލުކޮށްފައި ނުވާ ވާހަކައެވެ. ހަމަ އެހެންމެ އެތަނަކީ ކުއްޔަށް ހިފާފައިވާ ތަނެއް ކަމާމެދު އަޙްމަދު ވަޙީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިންކާރުކޮށްފައިވެއެވެ. އެހެން ކަމުން، 1އަހަރަށް ވުރެ ދިގު މުއްދަތަކަށް ގޯއްޗެއްގެ ބަޔެއް ނުވަތަ އިމާރާތެއްގެ ބަޔެއް ކުއްޔަށް ދޭނަމަ ޢަމަލުކުރުމަށް ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ޙުކުމްތައް މި މައްސަލައިގައި ހިމެނޭ ވާޤިޢާގެ މައްޗަށް ހިންގޭނެ ޤާނޫނީ ޝަރުޢީ ހަމައެއް ނެތްކަން އެނގެއެވެ.
4.3- ސިވިލް ކޯޓުގެ ނަންބަރު 1755/Cv-C/2017 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ )ހ( އަދި )ށ( އާ ޚިލާފުވާކަމަށް އިސްތިއުނާފުކުރާ ޙުސައިން ވަޙީދުގެ ފަރާތުން ދެކޭކަމަށް ފާހަގަކޮށްފައިވާ ފާހަގަކުރުމަށް ބަލާއިރު، އެއްވެސް އެއްބަސްވުމެއް ނެތް ހާލު، މުހުލަތެއް ހުދޫދެއް ނެތި ހިތަކަށް ޢިމާރާތުގެ 5 ފުލޯރއެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިދެވޭނެ ފަދައަކުން ކޯޓުން ޙުކުމްކުރައްވާފައިވަނީ، އެ 5 ފުލޯރ ހިމެނޭ ޢިމާރާތްކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ހޭދަކޮށްފައިވާތީ އާއި، އެ ފުލޯރތަކާ އިސްތިއުނާފު ރައްދުވާ ފަރާތުން ހަވާލުވީ އިސްތިއުނާފުކުރާ ފަރާތުގެ ރުހުމާއެކީގައި ކަމަށްވާތީ ކަމަށް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، މިއީ ޤާނޫނީ އެއްވެސް ބިންގަލެއް އަދި އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރު ސިވިލް ކޯޓުގެ ނަންބަރު 1755/Cv-C/2017 ޤޟިއްޔާގަ )މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަޅާ ފޯމު ( ދަޢުވާ ފޯމު ފާހަގަކުރައްވާފައިވާ ނުކުތާއެއް ނޫންކަމަށާއި، ޢާންމު ހަމައިން ބެލިކަމުގައިވިޔަސް އިސްތިއުނާފުރައްދުވާ ފަރާތުން ޢިމާރާތަށް ކުރި ހޭދައިގ މުޤާބިލަކީ އެ ހޭދައާއި އެ ހޭދައިގެ އަންދާޒީ އާމްދަނީ އަނބުރާ ރައްދު ކުރުމުގެ ޒިންމާ އެ ހޭދަ ވެވުނު ފަރާތުން އުފުލުންކަމަށްވާއިރު ފަނޑިޔާރު ޙުކުމްކުރެއްވުމުގައި މި ޢާންމު ހަމައަށްމެ ރިޢާޔަތްކުރައްވާފައި ނުވާކަމަށާއި، އަދި ހަމަ އެ ފުލޯރތައް އިސްތިއުނާފު ރައްދުވާ ފަރާތުން ބޭނުންކޮށް ނަފާ ހޯދި އަދި ހޯދަމުންދާ އަދި ހޯދާނެ މުއްދަތަކީ ޢިމާރާތަށް ކުރި ހޭދައިގެ މުޤާބިލުގައި ހިނގާ ކަމެއް ގޮތުގައި ފަނޑިޔާރު ބަލައިގެންފައި ނުވުމަކީ މި ޙުކުމް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42ވަނަ މާއްދއިނާ ކަށަވަރުކޮށްދޭ ޢަދުލުވެރި އަދި އިންސާފުވެރި ޝަރީޢަތެއް ކަށަވަރުވެފައިވުމުގެ ޙައްޤުން އިސްތިއުނާފުކުރާ ފަރާތް މަހުރޫމްވެފައިވާ މިންވަރު ހާމަވާ ކަމެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ. ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވަނީ، ]ކޮންމެ މީހެއްގެމެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ [. މިފަދައިންނެވެ. އެ މާއްދާ ގެ )ށ( ގައި ބަޔާންކޮށްފައިވަނީ، ]ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރިކަމާ އެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެވ[. މިފަދައިންނެވެ. ޢާންމު އުޞޫލެއްގެ ގޮތުން މަދަނީ ދަޢުވާތަކުގައި ފައިޞަލާ ކުރެވޭނީ އެ މައްސަލައެއްގައި ދަޢުވާކުރާ ޚަޞްމުންގެ ފަރާތުން އެދިފައިވާ ކަންކަމުގެ މައްޗަށެވެ.އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވަނީ އޭނަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] ގައި ހަދާފައިވާ ޢިމާރާތުން އިސްތިއުނާފު ރައްދުވާއަޙްމަދު ވަޙީދއާ ޙަވާލުކޮށްފައިވާ ބައިތައް އަނބުރާ ޙަވާލުކުރުމަށް ތަކުރާރުކޮށް އެދިފައި ވީނަމަވެސް އެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ. ބައިތައް ޙަވާލުކޮށްފައި ނުވާތީ، އެ ތަނުގައި ދިރިއުޅޭ މީހުންނާއި ތަކެތި ހުސްކޮށް އިސްތިއުނާފުކުރާ ފަރާތާ ޙަވާލުކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް އަމުރުކޮށްދިނުމަށް އެދިގެންނެވެ. އެ ދަޢުވާގައި އެ ޢިމާރާތްކުރުމަށް އިސްތިއުނާފުރައްދުވާ ފަރާތުން ހޭދަކޮށްފައިވާ ފައިސާއާ ބެހޭ ގޮތުން ނުވަތަ އެ ޢިމާރާތް ބޭނުންކޮށްފައިވާ މުއްދަތުގެ މުޤާބިލަކާ ބެހޭ ގޮތުން ގޮތެއް ކަނޑައަޅައިދިނުމަށް އެއްވެސް ވާހަކައެއް އިސްތިއުނާފުކުރާ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައި މައްސަލައިގެ ޚުލާޞާގެ ގޮތުގައި ނުވަތަ އެދޭ ގޮތުގައިވެސް ބަޔާންކޮށްފައި ނުވެއެވެ. ޢާންމު އުޞޫލެއްގެ ގޮތުން އެދިފައިނުވާކަމަކަށް ފަނޑިޔާރަށް ގޮތެއް ކަނޑައެއް ނުއެޅޭނެއެވެ. ނަމަވެސް އަޙްމަދު ވަޙީދުގެ ފަރާތުން ދަށު ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ޢިމާރާތްކުރުމަށް ދިޔަ ޚަރަދުގެ މުޤާބިލަކީ އެ ފްލޯތައް 25އަހަރު ދުވަހަށް ބޭނުންކުރުމަށް އަޙްމަދު ވަޙީދަށް ފުރުޞަތު ލިބުން ކަން އެނގެން އޮތުމުން، އެ ފްލޯރތައް ބޭނުންކުރުމަށް މުއްދަތެއްވާކަން ޚުދު އަޙްމަދު ވަޙީދު ޤަބޫލުކުރާކަން އެނގެއެވެ. އަދި މުއްދަތާމެދު ދެފަރާތުން ޚިލާފުވެފައިވާކަން އެނގެއެވެ. އެހެ ންކަމުން […] އެވެކިޔާ ގޯތީގައި ޢިމާރާތްކުރުމަށް ދިޔަ ޚަރަދުކަމަށް ސިވިލްކޯޓަށް ޘާބިތުވެފައިވާ މިންވަރު ޙުސައިން ވަޙީދުގެ ފަރާތުން އަޙްމަދު ވަޙީދަށް ދެއްކެން ނެތްނަމަ، އެ ފްލޯރތައް ޙުސައިން ވަޙީދު ލިބިގަތުމަށްޓަކައި އެ ފްލޯރތައް އަޙްމަދު ވަޙީދު ބޭނުންކުރުމުގެ ޢަދުލުވެރި މުއްދަތަކާއި، މިޘްލީ ކުއްޔެއް ނުވަތަ އަގެއް ކަނޑައެޅުމަށްޓަކައި ދަށު ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ޙުސައިން ވަޙީދަށް ލިބިގެން ވެއެވެ. އެހެންކަމުން، އިސްތިއުނާފުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 1755/Cv-C/2017 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ޙުސައިން ވަޙީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] ހަދާފައިވާ ޢިމާރާތުން އިސްތިއުނާފުރައްދުވާ ފަރާތް ޙަވާލުކޮށްފައިވާބައިތައް އެ ފަރާތުން ބޭނުންކޮށް ނަފާ ހޯދި ނުވަތަ ހޯދާނެ މުއްދަތަކީ ޢިމާރާތަށް ކުރި ހޭދައިގެ މުޤާބިލުގެ ގޮތުގައި ފަނޑިޔާރު ބަލައިގެންފައި ނުވުމަކީ އެ ޙުކުމް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42ވަނަ މާއްދާއާ ޚިލާފުވާނެ ސަބަބެއް ކަމަކަށް ނުފެނެއެވެ. ~ ,~0,::1 .PA.,I . PA-' v 1755/Cv-C/2017 "' uc. 0"' 0 c. ;I.;"' c. ~ , ~,, :I O.; :I :I :I~ :I 0 _, e.,.,.,.,.,., .s.?.r • A .,P A .,1 _;-./ /'./ /'.?-' V .,1./"A.JO-A "' "' "' 0 c. 0' ':I 0 :I~ "' ,;~;~4:, ~0 , -.,PAA " v.,.,",/1 t..,.,.,1 A.S .?_?OP flA~ .S "' "' "' 4:.4:.::1,::1 (),,?- , • .,P.,.,.,.,.,.,., /' v",.,.. t../".,1 .; :I.; O.; C. :I~ 0 0 :I :I :I O.; ~ O.; O.; ,:;~,~;>:> :>:14:.:>""~ GO " tJP.,.,.,., .s I!! v ,?.,P- ' ./" .?-' V .JOfl"-'-' /'/A.? .S V .JO.JO V ./" ./".)>-' V .S ./.,1 .,P -A "'"' "' "' 4:. :> ..... 0 ...... :> 0,::1:1::1~:> 0 .S_r ./..,P ./"A-./. /'..?-' V .,1./"A.JO-A 1755/Cv-C/2017 ~ "' "' "' c.t.Go,oc : :~,,., o,;~;~ ~ ,~o,;~ c. ' ~ :> :> ~ , ~,, :I _,e.,.,.,.,.,., .s.?.r "" /',? V ./. .)>A.,1 .)>A-' V A .S .JO V ./" .)>A.,1 .}-.//'./ "' "' 0 c."'"' ::1::11,' A <JP <JP- ./"./" J ~ 4:. 4:. ox () :I :I , , , , 0 :> ~ 0 • .,P ..;:>.,1 ,/' V ..;:> V ./. A .J-A t../" V ./" J .,I.JO A A ~ , ,, ::10::1::1 ,, ~0 , -'V.?V./. A_?OP flA~J.,? ~ ..... , ..... :I , 0 , :> :I~ ., o .......... :~ ..... o,:~ :>~ ,.. _r (! ..;:> ./"A-./. -',/1 t../".,1 _?-.-' A .,1 _r ..;:>A./...;:> -' fl t../".,1 ~ ...... , "' "' 331 64 71 0 < www·h ighcourt·gov·mv •.P info@highcourt·gov· mv
- ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާގެ (ނ)
- ގޯއްޗާއި ގޯތީގައި ހަދާ އިމާރާތް ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ 10 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ)
- ބެންޗު
- ޢަބްދުﷲ ޙަމީދު، މުޙައްމަދު ފައިޞަލް، ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް