ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/03
ޢަލީ އިބްރާޙީމް މަނިކު ވ. މުޙައްމަދު ފައުޒީ، 2017/HC-A/03
Ali Ibrahim Maniku v. Mohamed Fauzee 2017/HC-A/03 (2017/HC-A/03, High Court of the Maldives, 14 January 2021)
ޢަލީ އިބްރާޙީމް މަނިކު ވ. މުޙައްމަދު ފައުޒީ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ހެކިބަހާއި ލިޔެކިޔުމުން ކުލީގެ އެއްބަސްވުން ސާބިތުވާކަމަށް ކަނޑައަޅައި، އެއްބަސްވުމަށް ޢަމަލުކުރުމަށް ހުރަސް ނޭޅުމަށް ބިމުގެ ވެރިފަރާތަށާއި، މަހުން މަހަށް ކުލި ދެއްކުމަށް ކުއްޔަށް ހިފި ފަރާތަށް ޙުކުމްކުރިއެވެ.
ބިމުގެ ވެރިފަރާތުން 404 އަކަފޫޓުގެ ބިމެއް، ކުއްޔަށް ހިފާ ފަރާތުގެ ޚަރަދުގައި ޢިމާރާތެއް ކޮށް ބޭނުންކުރުމަށް ދިގު މުއްދަތަކަށް މަހަކު 12,000 ރުފިޔާގެ ކުއްޔަށް ދީ، 400,000 ރުފިޔާ ލިބުނެވެ. ކުއްޔަށް ހިފި ފަރާތުގެ އަތުގައިވި ސޮއިކުރި އެއްބަސްވުން ވެރިފަރާތުން ވީދާލައި، އެއްބަސްވުމަށް އިންކާރުކޮށް ތަން ހުސްކުރަން އެންގިކަމަށް ދަޢުވާ ކުރެވުނެވެ.
ބިމުގެ ވެރިފަރާތުން ބުނީ ކުލި ނުދައްކާތީ ތަން އަތުލީ ކަމަށާއި، ޙުކުމަކީ ޤާނޫނުއަސާސީގެ މުދަލުގެ ޙައްޤާ ޚިލާފު ޙުކުމެއް ކަމަށާއި، ޢަހުދަށް ވަފާތެރިވުމުގެ ޤާޢިދާއާ ޚިލާފު ކަމަށާއި، 400,000 ރުފިޔާ އެޑްވާންސް ކުލީގެ ގޮތުގައި ދިންކަން ސާބިތުނުވާ ކަމަށެވެ. ކުއްޔަށް ހިފި ފަރާތުން ބުނީ އެއްބަސްވުމާ ޚިލާފުވީ ވެރިފަރާތުން ކަމަށެވެ.
މައިގަނޑު ސުވާލު
ބިމުގެ ވެރިފަރާތުން ވީދާލިކަމަށް ބުނާ ލިޔުމުން ވެވުނު ކުލީގެ އެއްބަސްވުމެއް ހެކިވެރިންގެ ހެކިބަހާއި ދެފަރާތުގެ މުޢާމަލާތުން ސާބިތުވޭތޯއާއި، ކުލި ދެއްކުން ހުއްޓާލުމުގެ ސަބަބުން ތަން ހުސްކުރަން އެންގުމަށް ބަލާއިރު އެއްބަސްވުމަށް ޢަމަލުކުރުމަށް އަމުރުކުރި ސިވިލް ކޯޓުގެ ޙުކުމަކީ ޤާނޫނުއަސާސީގެ މުދަލުގެ ޙައްޤާ ޚިލާފު ޙުކުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
އެއްބަސްވުމުގެ އަސްލު ވީދާލާފައިވާއިރު ބެސްޓް އެވިޑެންސް ރޫލްގެ ދަށުން ހެކިބަހާއި ދެފަރާތުގެ މުޢާމަލާތުން އެއްބަސްވުން ސާބިތުވެއެވެ. ވެރިފަރާތުން ކުލި ދައްކަންޖެހޭ ކަމަށް ބުނުމުން އެއްބަސްވުމެއް އޮތްކަން ދޭހަވެއެވެ. ޙުކުމުން ކުލިނުދައްކާ ހުރުމުގެ ޙައްޤެއް ނުދޭތީ މުދަލުގެ ޙައްޤާ ޚިލާފެއް ނުވެ، ކުލި ނުދެއްކުމާ ގުޅިގެން ވެރިފަރާތުން ދަޢުވާއެއް ކޮށްފައެއް ނުވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުމެއް އިސްތިއުނާފުކުރެވޭނީ، ނިންމުން ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ޤަބޫލުކުރެވޭ ސަބަބު ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ކަންކަން ހުރުން ފަދަ ޙާލަތްތަކުގައެވެ.
- ދެފަރާތުގެ ދެމެދު އެއްބަސްވުމެއް ވެފައިވާކަމަށް ބުނާނަމަ އެކަން ސާބިތުކުރުމުގެ ޒިންމާ އުފުލަންޖެހޭނީ އެއްބަސްވުމެއް ވެފައިވާކަމަށް ބުނާ ފަރާތެވެ.
- ބިމުގެ ޤާނޫނާއި ގޯއްޗާއި ގޯތީގައި ހަދާ ޢިމާރާތް ކުއްޔަށް ދިނުމާބެހޭ ޤަވާޢިދުގެ ދަށުން، ގޯއްޗެއް ނުވަތަ ޢިމާރާތެއް 1 އަހަރަށްވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދެވޭނީ ލިޔުމުން އެއްބަސްވުމަށްފަހުގައެވެ.
- ހެކީގެ ޢާންމު އުޞޫލަކީ 'ބެސްޓް އެވިޑެންސް ރޫލް' ކަމުން، ލިޔުމެއްގެ އަސްލަށް އެންމެ މަތީ ދަރަޖަ ދެވި، އަސްލު ނެތްނަމަ ކޮޕީ ބަލައިގަނެ، ކޮޕީވެސް ނެތްނަމަ ހެކިވެރިންގެ ހެކިބަހުން އެއްބަސްވުން ސާބިތުކުރެވިދާނެއެވެ؛ ލިޔުމުން ވެވުނު އެއްބަސްވުމެއް ވީދާލައި ނައްތާލާފައިވާނަމަ ހެކިބަހުންނާއި ދެފަރާތުގެ މުޢާމަލާތުން އެއްބަސްވުން ވުޖޫދުވިކަން މަދަނީ މިންގަނޑުން ސާބިތުކުރެވިދާނެއެވެ.
- ދެފަރާތުގެ ދެމެދުވާ ކުލީގެ އެއްބަސްވުމަށް ޢަމަލުކުރުމަށާއި ކުލި ދެއްކުމަށް އަމުރުކުރާ ޙުކުމަކުން، ކުލިނުދައްކާ ބިމުގައި ހުރުމުގެ ޙައްޤެއް ނުދޭތީ، ބިމުގެ ވެރިފަރާތުގެ މުދާ ހޯދުމާއި ގެންގުޅުމުގެ ދުސްތޫރީ ޙައްޤު ނިގުޅައިގަނެވޭ ކަމަކަށް ނުބެލެވޭނެއެވެ؛ ޤާނޫނީ ހުއްޖަތެއް ނުދައްކާ އެ ޙައްޤާ ޚިލާފުވާކަމަށް ބުނުމުން ނުފުދޭނެއެވެ.
- ކުއްޔަށް ހިފި ފަރާތުން ކުލި ދެއްކުން ހުއްޓާލާފައިވާނަމަ އެކަމާ ގުޅިގެން ދަޢުވާކުރުމުގެ ޙައްޤު ކުއްޔަށް ދިން ފަރާތަށް ލިބިގެންވާއިރު، އެފަދަ ދަޢުވާއެއް ނުކޮށް އެ ނުކުތާ އިސްތިއުނާފުގައި ނެގުމުން ދަށުކޯޓުގެ ޙުކުމަށް ބަދަލެއް ނާދެއެވެ؛ އަދި ކުލި ދައްކަންޖެހޭކަމަށް ބުނުމުން އެއްބަސްވުމެއް އޮތްކަން ދޭހަވެއެވެ.
0. މިއީ، ސިވިލް ކޯޓްގެ ނަންބަރު 1154/Cv-C/2016 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދު ކ.މާލެ، ޢަލީ އިބްރާހީމް މަނިކު (އައިޑީ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބ ލފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކީ، ކ.މާލެ، މުޙައްމަދު ފައުޒީ އެ ވެ.
1[…] އެވެކިޔާ ގޯތީގެ ބިމުން ޢަލީ އިބްރާހީމް މަނިކަށް މިލްކވެގެންވު 404 އަކަފޫޓުގެ ބިމުގައި މުޙައްމަދު ފައުޒީގެ އަމިއްލަ ޚަރަދުގައި 01 ބުރީގެ ޢިމާރާތެއްކޮށް ބޭނުންކުރުމަށްޓަކައި، މުޙައްމަދު ފައުޒީއަށް 42 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކރެވުނުކަމަށާއި މުޙައްމަދު ފައުޒީ އާއި ޢަލީ އިބްރާހީމް މަނިކުއާ ދެމެދު އެ ގޮތަށް ލިޔުމުން އެއްބަސްވެވުނީ 02 ޖޫން 1104 ގައި ކަމަށް މުޙައްމަދު ފައުޒީ ބުނެފައިވެއެވެ.
4މުޙައްމަދު ފައުޒީގެ އަތުން އެޑްވާންސްކޮށް ގުނި އަދަދެއްގެ ފައިސާ ޢަލީ އިބްރާހީމް މަނިކު ނެގުމަށްފަހު، އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރަމުން ދަނިކޮށް، މުޙައްމަދު ފައުޒީގެ އަތުގައި އޮތް ސޮއިކޮށްފައިވާ އެއްބަސްވުން ޢަލީ އިބްރާހީމް މަނިކު އޮޅުވާލައިގެން އަތުލާ ވީދާލިކަމަށ މުޙައްމަދް ފައުޒީބުނެއެވެ. ނަމަވެސް، ޢަލީ އިބްރާހީމް މަނިކު ބުނެފައިވަނީ ވީދާލީ އެއްބަސްވުމެއް ނޫންކަމަށާއި ވީދާލީ ޑްރާފްޓެއްކަމަށެވެ.
4. ޢަލީ އިބްރާހީމް މަނކި އެއްބަސްވުމެއް އޮތްކަމަށް އިންކާރުކޮށް، 01 ޖޫން 1102 ގައި […] ގެ 41 ޖޫން 1102 ވަނަ ދުވަހުގެ ކުރިން ހުސްކުރުމަށް އެންގިކަމަށް މުޙައްމަދު ފައުޒީ ބުނެއެވެ.
5އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޞީޣާ ގައި ބުނެފައިވަނީ: " […] މުޙައްމަދު ފައުޒީ 22117A0 ( "ދައުވާކުރާ ފަރާތް" ) އާއި، ކ.މާލެ، ޢަލީ އިބްރާހީމް މަނިކު ("ދަޢުވާލިބޭ ފަރާތް") އާއި ދެމެދު 02 ޖޫން 1104 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ދަޢުވާލިބޭ ފަރު ތުގެ މިލްކުވެރިކަން އޮންނާ […] އެވެކިޔާ ގޯތީގެ ބިމުން ދައުވާލިބޭ ފަރާތަށް މިލްކުވެގެންވާ 404 އަކަފޫޓުގެ ބިން ދަޢުވާކުރާފަރާތުގެ އަމިއްލަ ޚަރަދުގައި 01 ބުރީގެ ޢިމާރާތެއްކޮށް ބޭނުންކުރުމަށްޓަކައި، ދަޢުވާކުރާ ފަރާތަށް 42 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކޮށް، ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތުގެ އަތުން އެޑްވާންސްކޮށް ގިނަ އަދަދެއްގެ ފައިސާ އަތުލުމަށްފަހު އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރަމުން ދަނިކޮށް، ދައުވާކުރާ ފަރާތުގެ އަތުގައި އޮތް ސޮއިކޮށްފައިވާ އެއްބަސްވުން ދަޢުވާލިބޭ ފަރާތުން އޮޅުވާލައިގެން އަތުލާ ވީދާލުމަށްފަހު، އެއްބަސްވުމެއް އޮތްކަމަށް އިންކާރުކޮށް، 01 ޖޫން 1102 ގައި […] ގެ 41 ޖޫން 1102 ވަނަ ދުވަހުގެ ކުރިން ހުސްކުރުމަށް އިންޒާރުދީފައިވާތީ، މިއީ ޤާނނޫ ގޮތުން ދަޢުވާލިބޭ ފަރާތަށް ކުރުން ހުއްދަ ކަމެއް ކަމުގައި ނުވާތީ، ޤާނޫނު ނަންބަރު 00/4 (ކޮންޓްރެކްޓާބެހޭ ޤާނޫނޫ) ގެ 12 ވަނަ މާއްދާގެ ދަށުން މި އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށް އަމުރުކޮށްދިނުމަށް އެދި ކާރު ދަޢުވާއެކެވެ . މި ފަދައިންކަން އެނގެން އޮވެއެވެ.
2އަދި އެޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: "ދެންފަހެ، ކ.މާލެ، މުޙައްމަދު ފައުޒީ (ދ.ރ އާއި، ކ.މާލެ، ޢަލީ އިބްރާހީމް މަނިކު (ދ.ރ އާ ދެމެދު 02 ޖޫން 1104މ. ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން ކ.މާލެ، އެވެކިޔާ ގޯތިން ޢަލީ އިބްރާހމީ މަނިކަށް ލިބިފައިވާ 404 އަކަފޫޓުގެ ބިމުގައި މުޙައްމަދު ފައުޒީގެ އަމިއްލަ ޚަރަދުގައި 01 ބުރީގެ ޢިމާރާތެއްކޮށް ބޭނުންކުރުމަށްޓަކައި 42 އަހަރު ދުވަހުގެ މުއްދަތަށް މުޙައްމަދު ފައުޒީއަށ ކުއްޔަށްދިން ގިނަ ޢަދަދެއްގެ ފައިސާ އެޑްވާންސްކޮށް އަތުލާފައި ވާކަމަށާއި، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރަމުން ދަނިކޮށް މުޙައްމަދު ފައުޒީގެ އަތުގައި އޮތް އެއްބަސްވުން ޢަލީ ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 2 ވަނަ ނަންބަރު އިބްރާހީމް މަނިކު އަތުލައި ވީދާލުމަށްފަހު އެއްބަސްވުމެއް އޮތްކަމަށް އިންކާރުކޮށް41 ޖޫން 1102 […] ކުރިން ތަން ހުސްކުރުމަށް01 ޖުނ 1102 […] އަންގައި އިންޒާރުދީފައި ވާކަމަށާއި، ދެފަރާތުގެ މެދުގައި ވެފައިވް އެއްބަސްވުމަކާ އެ އެއްބަސްވުމަށް ޢަމަލުކުރުމަށް ދެފަރާތަށް ލާޒިމް އެއްބަސްވުމެއް ކަމުގައި ކަނޑައަޅައި، އެއްބަސްވުމުގައި ތަޞައްވަރު ކުރެވިފައިވާ އެންމެހައި ޙައްޤުތައް މުޙައްމަދު ފައުޒީއަށު ލިބިދިނުމަށާއި، އެ ޙައްޤުތައް ބޭނުންކުރުމުގައި އެއްވެސް ހުރަހެއް ނުވަތަ ދައްޗެއ ނުކުރުމަށް ޤާނޫން ނަންބަރު 00/ 4 (ކޮންޓެ ރެކްޓާބެހޭ ޤާނޫނު) ގ12 ވެނ މާއްދާގަ ދަށުން ޢަލީ އިބްރާހީމް މަނިކަށް ޝަރީޢަތުން އަންގައި ޢަމުރުކޮށްދިނުމަށ އެދް މުޙައްމަދ ފައުޒީގ ފަރާތުން ޢަލީ އިބްރާހީމް މަނިކުގެ މައްޗަށް ހުށަހަޅާފައިވާ މިމައްސަލާގައި؛ ދަޢުވާލިބޭ ޢަލީ އިބްރާހީމް މަނިކުގެ ފަރާތުން ދަޢުވާއަށް އިންކާރުކޮށް އެއްބަސްވުން ވީދާލިކަމުގައި ވްއަސ މުޙައްމަދް ފައުޒީގެ ފަރާތުން ކުލި ދައްކަންޖެހޭނެ ކަމަށާއި، ތަން ހުސްކުރުމަށް އަންގާފައިވަނީ މުޙައްމަދ ފައުޒީގެ ފަރާތުން ކުލިދެއްކުނ ހުއްޓާލުމުން ކަމުގައިބުނެފައި ވާކަމާއި، މުޙައްމަދު ފައުޒީގެ ފަރާތުނުޢަލީ އިބްރާހީމް މަނިކުގެ މައްޗަށް މި މައްސަލަ މީގެ ކުރިން ސިވިލް ކޯޓަށް ހުށަހަޅައި ސިވިލް ކޯޓުގެ ނަންބަރ 1072/Cv-C/2015 ޤަޟިއްޔާގައި ކުރިއަށްގެންގޮސް ދަޢުވާކުރާ ފަރާތުން ޙާޟިރުނުވެގެން އެ ޤަޟިއްޔާ ބާޠިލްވެފައިވާކަނ އެނގެން އޮންނަކަމާއި، އެ ޤަޟިއްޔާގައި ދައުވާކުރި މުޙައްމަދު ފއުޒީގެ ފަރާތުން ޝަރީޢަތށަ ހުށަހެޅި 14 (ތިނެއް) ހެކިންގެ ހެކިބަހަށް ބަލާއިރު ކުލީގެ ގޮތުގައި މަހަކު -12,000/ރ. (ބާރަހާސް ރުފިޔާ) ގެ ރޭޓުން 42 އަހަރު ދުވަހުގެ މުއްދަތަށް […] / މާލެ، އެވެކިޔާ ގޯތިން ޢަލީ އިބްރާހީމް މަނިކަށް ލިބިފައިވާ ތަން މުޙައްމަދު ފައުޒީއަށް ކުއްޔަށްދީފައިވާކަމާއި، ދެފަރާތުން ސޮއިކޮށް ލިޔުމުން އެއްބަސްވުމެއް ވެފައިވާކަމާއި، އެ އެއްބަސްވުން ޢަލީ އިބްރާހީމް މަނިކު ވީދާލާފައިވާކަނ އެގެން އޮންނަކަމަށްޓަކައި، މުޙައްމަދު ފައުޒީ އާއި ޢަލީ އިބްރާހީމް މަނިކު އާދެމެދު […] / މާލެ، އެވެކިޔާ ގޯތިން ޢަލީ އިބްރާހީމް މަނިކަށް ލިބިފައިވާ ތަނުގެ ކުލީގެ ގޮތުގައި މަހަކު -12,000/ރ. (ބާރަހާސް ރުފިޔާ) ގެ ރޭޓނު 42 އަހަރު ދުވަހުގެ މުއްދަތަށް މުޙައްމަދު ފައުޒީއަށް ކުއްޔަށް ދީފައި ވާކަން ޝަރީޢަތަށް ޘާބިތުވާކަމުގައި ކަނޑައަޅައި؛ މުޙައްމަދު ފައުޒީގެ ފަރާތުން ޢަލީ އިބްރާހީމް މަނިކަށް -400,000/ރ. (ހަތަރުލައްކަ ރުފިޔާ) ލިބިފައިވާކަން ޢަލީ އިބްރާހީމް މަނިކުގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި، އެއްބަސްވުން ވީދާލިފަހުންވެސް ކުލިދައްކަމުން ގޮސްފައިވަނީ މިއަށްވުރެ ފައިދާބޮޑު މުޢާމަލާތަކަށް ވަންނަން ދަޢުވާލިބޭ ޢަލީ އިބްރާހީމް މަނިކު ދެމުންދިޔަ ޔަޤީންކަމުގެ މައްޗަށް ކަމަށާއި، 1102މ. މެއި މަހުގެ ކުލިން -4,000/ރ. (ހަތަރުހާސް ރުފިޔާ) ދިނުމަށްފަހު ކުލި ދެއްކުން ހުއްޓާލަފައިވަނީ އެ ތަން ހުސްކުރުމަށް ދަޢުވާލިބޭ ޢަލީ އިބްރާހީމް މަނިކުގެ ފަރާތުން އަންގައިގެން ކަމުގައި މުޙައްމަދު ފައުޒީގެ ފަރާތުން ޝަރީޢަތުގައި ބުނެފައިވާކަމާއި، އެހެން ބައެއްގެ އަތުން އެޑްވާންސްކޮށް ގިނަ ޢަދަދެއްގެ ފައިސާ ނަގައި މިހާރު ކުއްޔަށް ދީފައިވާކަމުގައި ދަޢުވާލިބޭ ޢަލީ އިބްރާހީމް މަނިކުގެ ފަރާތުން ޝަރީޢަތުގައި ބުނެފައިވާކަމާއި، މި މައްސަލާގައި ހެކީންގެ ހެކިބަހަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި، ކަންހިނގާފައިވާ ގޮތަށް ބަލާއިރު […] / މާލެ، އެވެކިޔާ ގޯތިން ޢަލީ އިބްރާހީމް މަނިކަށް ލިބިފައިވާ ތަނުގެ ކުލީގެ ގޮތުގައި މަހަކު -12,000/ރ. (ބާރަހާސް ރުފިޔާ) ގެ ރޭޓުން 42 އަހަރު ދުވަހުގެ މުއްދަތަށް މުޙައްމަދު ފައުޒީއަށ ކުއްޔަށް ދީފައި ވާކަން ޝަރީޢަތަށް ޘާބިތުވާކަމަށްޓަކައި، އެކަމުގެ މައްޗަށް 02 ޖޫން 1104މ. ދުވަހު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމުގައި އެއްވެސް ހުރަހެއް ނޭޅުމަށް […] / މާލެ، ޢަލީ އިބްރާހީމް މަނިކު (ދ.ރ ކާޑު: ) އަށް އަންގައި، އަދި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި މަހުންމަހަށ ދައްކަމުން ގެންދިއުމަށް […] / މާލެ، މުޙައްމަދު ފައުޒީ (ދ.ރ އަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
1. ސިވިލް ކޯޓުގެ ނަންބަރު 1154/Cv-C/2016 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ކ.މާލެ، ޢަލީ އިބްރާހީމް މަނިކުގެ ފަރާތުން އަންނަނިވި ނުކުތތައާ ހުށަހަޅާ އެ ނުކުތާތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
1.0. އިސްތިއުނާފރައްދުވު ފަރާތުގާ އަތުން […] އެވެކިޔާ ގޯތި އަތުލާފައިވަނީ އެއްބަސްވިގޮތުގެ މަތީން މަހުން މަހަށް ދައްކަންޖެހޭ މަހު ކުލި ކަމުގައިވާ -12,000/ރ. (ބާރަހާސް ރުފިޔާ) ނުދައްކައްކައި ހުއްޓާލުމ ގުޅިގެނާ ކުލި ދައްކަން ތަކުރާރުކޮށް އެންގުމުންވެސް ކުލި ދައްކާފައިނުވާތީ ނޯޓިސް ދިނުމަށްފަހު އެ ނޯޓިސްގެ މުއްދަތުގައިވެސް ކުލި ދައްކާފައިނުވާތީކަން ދެފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން ސާފުކޮށް ފެނި އެގެން ސިވިލް ކޯޓުގެ ނަންބަރު 1154/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ ޞަފްޙާ ނަންބަރު 0އިން 00އަށް އޮންނަ ހިނދު، ކުއްޔަށް ދީ ފައިވާ ތަނަކަށް ދައްކަންޖެހޭ ކުލި ނުދައްކައިވަ އިރު އެތަން ކުއްޔަށް ހިފި ފަރާތު ށ ލިބިދެވޭ ފަދައަކުން ޙުކުމް ކުރައްވާފައިވުމުން އެ ޙުކުމް ޤާނޫނުއަސާސީގް41
(ހ) އާއި އެމާއްދާގެ (ށ) އާއި ޚިލާފަށްކަމަށބުނެ ހުށަހެޅި ނުކުތާއާއި؛
1.1.ކުއްޔަށްދީފައިވާ ތަނަށް ދައްކަންޖެހޭ ކުލި ދެއްކުން ކުއްޔަށްހިފާފަރާތުން ހުއްޓާލުމަކީ އެއްބަސްވުމުގެ ޖައުހަރީ މާއްދާ އަދި މުޅިއެއްބަސްވުމުގެ މަޤުޞަދާއި އިސްތިއުނާފުރައްދުވާ ފަރާތުން ޚިލާފުވުންކަމަށްވާއިރު ކުލި ދެއްކުމަކާނުލައި ކުއްޔަށްދީފައިވާ ތަނެއް ބޭނުންކޮށް މަންފާ ލިބިގަތުމުގެ ފުރުޞަތު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިދިނުމަކީ ޢަދުލު އިންސާފުގެ މަގުން އެއްކިބާވުންކަނ އެނގެން އޮތްކަމަށް ބުން ހުށަހެޅި ނުކުތާއާއި؛
1.4.ޝަރުޢީ ޤާއިދާއެއްކަމަށްވާ "ޢަހުދަށް ވަފާތެރިވުމުގެ ޤާއިދާ" އާއި "އެއްބަސްވުމެއްގައި ބަލަންޖެހޭނީ އެ އެއްބަސްވުމުގެ މަޤުޞަދަށެވެ. އެއްބަސްވުމުގެ ލަފުޡުތަކާއި މާނައަކަށްނޫނެވ" އަށް ރިޢާޔަތްކޮށް ތަޠުބީޤު ކުރުމުގައި އެ ދެ ޤާއިދާގައ ބުނި އެއްޗަކާވެސް އަދި ޤާއިދާގެ މަފްހޫމާވެސް ދިމާ އިދިކޮޅަށް ރިޢާޔަތްކޮށް އެގޮތުގެމަތީން މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއާއި؛
1.4.އެޑްވާންސް ކުލީގެ ގޮތުގައި -400,000/ރ. (ހަތަރުލައްކަ ރުފިޔާ) ދީފައިވާކަމަށް ބުނެފައިވާއިރު އަދި އެޑްވާންސްކުލީގ ގޮތުގައެ އެފައިސާ ދެއްކިކަން ސާބިތުވާ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަމާއި އަދި ކުލީގެ މުޢާމަލާތުތަކުގައި ރާއްޖޭގައި ޢަމަލުކުރާ އާދަކާދައަށް ބަލާއިރު އެޑްވާންސް ކުލި ދައްކާފައިވާ ޙާލަތުގައި މަހުކުލި ދައްކަނީ އެޑްވާންސް ކުލިން މަހު ކުއްޔަށް ބައެއް އުނިކުރުމަށްފަހުގައިކަން އެނގެއެވެ. ނަމަވެސް މި މައްސަލާގައި މަހުކުލި ދައްކަމުން އައިސްފައިވަނީ އެއްވެސް މިންވަރެއް އުނިކުރުމަކާނުލައިކަން ހެކިންގެ ހެކިބަހާއި ހުށަހެޅިފައިވާ ލިޔުންތަކުންވެސް ފެންނަން އޮތްއިރު އެޑްވާންސް ކުލީގެ ގޮތުގައި -400,000/ ރުފިޔާ ދެއްކިކަމަށް ބުން ވާހަކައަކީ ތެދު ވާހަކައެއްނޫންކަނ އެނގެން އޮތްނަމަވެސް އެކަމަށްވެސް މައްސަލަ ބެއްލެވި ޤާޟީ ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ ހުށަހެޅި ނުކާތާއެވެ.
1. އިސްތިއުނާފުކުރާފަރާތުން އެދިފައިވަނީ: "މި.ފެހިފުނަ އެވެކިޔާ ގޯތި އަތުލާފައިވަނީ އ ގޯތި ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ މަހުކުލި ދެއްކުން ހުއްޓާލިފަހުން އަދި ކުލި ދެއްކުން ހުއްޓާލުމާ ގުޅިގެންކަން ސާބިތުވާތީ ސިވިލް ކޯޓުގެ ނަންބަރ 1154/Cv-C/2016 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކުރައްވައި މައްސަލަ ނިންމަވައިދެއްވަވައި، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބައްލަވައި ޙުކުމެއް ކުރެއްވުމުގެ ކުރިން ޙަވާލާދެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ކަމެއްނުކުރަން ކަމާބެހޭ ފަރާތްތަކަށް އަންގަވައި އަމުރު ކޮށްދިނުން." މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުގެ ޖަދަލު ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ ޤާނޫނުއަސާސީގެ41 (ހ) އާއި އެމާއްދާގެ (ށ) އާއި ޚިލާފަށްކަމަށް ބުނާ ހުށަހެޅި ނުކުތާ
0. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފރައްދުވާ ފަރާތުނު މަހު ކުލި ނުދައްކާ ހުއްޓާލުމާ ގުޅިގެން ކުލި ދެއްކުމަށް ތަކުރާރުކޮށް އެންގުމުންވެސް ކުލި ދައްކާފައިނުވާކަން ހުށަހެޅިފައިވަ ލިޔެކިޔުންތަކުން ސާފުކޮށް އެނގެން އޮތްހިނދު އިސްތިއުނާފުރައްދުވާ ފަރާތަށް ކުއްޔަށް ހިފި ތަން ލިބިދެވޭ ފަދައަކުން ހުކުމްކުރައްވާފައވުމި ން އެ ޙުކުމް ޤާނޫނއަސާސީގު 41ވަނަ މާއްދާގެ (ހ) އާއި (ށ) ޚިލާފްކަމަށެވެ. އަދި މީގެ އިތުރުންވެސް އިސްތިއުނާފުރައްދުވާ ފަރަތުން އެޑްވާންސް ކުލީގެ ގޮތުގައި -400,000/ރ. (ހަތަރުލައްކަ ރުފިޔާ) އިސްތިއުނާފު ފޯމުގެ 01 ވަނަ ނަންބަރު ދެއްކިކަމަށް ބުނާ ވާހަކައަކީ ތެދު ވާހަކައެއް ނޫންކަން އެނގެން އޮތްނަމަވެސް އެކަމަށްވެސް މައްސަލަ ބެއްލ ޤާޟީ ރިޢާޔަތްކޮށްފައިނުވާކމަށް ބުނެފައިވެއެވެ.
01.އިސްތިއުނާފުރައްދުވާ ފަރާތުން މި ނުކުތާއާ ގުޅިގެން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާ އިސްތިއނާފ ކުރުމަށު ހުށި ހަޅާފައިވަ މައްސަލައިގާ މުޅި މުޠުލަޤަށް އިސްތިއުނާފުލިބޭ ފަރާތުން އިންކާރުކުރާކަމަށެވެ. އެގޮތުން ޤަނޫނއަސާސީގު 41ވަނަ މާއްދާގެ (ހ) އަކީ މުދާ ހޯދުމާއި މިލްކު ކުރުމާއި ވާރުތަކުރުމާއި ދިނުމާއި މުދަލުން މުޢާމަލާތް ކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށް ކަނަ ޑައެޅިފައިވަ މާއްދާ އަކަށްވާއިރު، އިސްތިއުނާފުކުރެވިފައި މިވާ މައްސަލައަކީ ދެ ފަރުދުންގެ ކުލީގެ އެއްބަސްވުމާއި މެދު ޚިލާފު އުފެދިގެން ހުށަހަޅާފައިވާ މައްސަލައެއްކަމަށެވެ. އެހެންކަމުން ޤަނޫނުއަސާސީގެ 41ވަނަ މާއްދާގަ (ހ) އާއި ދަށުކޯޓުން ނިންމަވާފައިވާ ޙުކުމް ޚިލާފްވާނެ ޤަނޫނީ އެއްވެސް ހަމައެއް ނެތްކަމަށެވެ. ކުއްޔަށްދީފައިވާ ތަނަށް ދައްކަންޖެހޭ ކުލި ދެއްކުން ކުއްޔަށްހިފާފަރާތުން ހުއްޓާލުމަކީ އެއްބަސްވުމުގެ ޖައުހަރީ މާއްދާ އަދި މުޅިއެއްބަސްވުމުގެ މަޤުޞަދާއ އިސްތިއުނާފުރައްދުވި ފަރާތުން ޚިލާފުވުންކަމަށްވާއިރ ކުލި ދެއްކުމަކާނުލައި ކުއްޔަށްދީފައިވާ ތަނެއް ބޭނުންކޮށް މަންފާ ލިބް ގަތުމުގެ ފުރުޞަތު އިސްތިއުނާފާ ރައްދުވާ ފަރާތަށް ލިބިދިނުމަކީ ޢަދުލު އިންސާފުގެ މަގުން އެއްކިބާވުންކަނ އެނގެން އޮތްކަމަށް ބުން ހުށަހެޅި ނުކުތާ
00. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުރައްދުވާ ފަރާތުން […] ކުލީގެ ގޮތުގައެ ކޮންމެ މަހަކު ދައްކަންޖެހޭ -12,000 ނަތީޖާއަކީ ކުއްޔަށް ދިންތަނ ކުއްޔަށް ދިން ފަރާތުން އަތުލެވިދާނެ ކަމެއް ކަމަށެވެ. އަދި ދެފަރާތު ގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކުލި ނުދައްކައި ތަން ބޭނުންކުރުމުގެ ޙައްޤަކީ ކޮންމެ ހަމައަކުން ނުވަތަ އުޞޫލަކުން ބެލިކަމުގައިވިޔަސް ކުއްޔަށްހިފި ފަރާތަށް ލިބިގެންވާ ހައްޤެއް ނޫންކަން އެނގެން އޮތްއިރުވެސް އެކަމަށް ދަށުކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރު ރިޢާޔަތްކުރައްވާފައި ނުވާކަމަށެވެ.
01. އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފު ކޮށްފައި މިވާ ސިވިލް ކޯޓުގެ ޤަޟިއްޔާއަށް ބެލުމުންވެސް މި މައްސަލައަކީ އިސްތިއުނާފުކުރާ ފަރާތުން ޤާނޫނާއި ޚިލާފަށް އެއްބަސްވުމަށް ޢަމަލުނުކޮށް އޮޅުވާލައިގެނ އެއްބަސްވުން ވީދާލި އެއްބަސްވުމެއް އޮތްކަމަށް އިންކި ރުކޮށ ތަން އަތުލަން ލިޔުމުންނާއި އަނގަބަހުން އިންޒާރު ދޭން ފެށުމުން، އެއްބަސްވުމާއްއެއްގޮތަށ ޢަމަލުކުރުމަށް އަމުރިކޮށްދެއްވުންއެދަސިވިލ ކޯޓަށި ހުށަހަޅާފައިވް މައްސަލައެއްކަމް ށެވެ. އެހެންވުމާއެކ އިސްތިއުނާފުކުރު ފަރާތުން ފާހަގަކޮށްފައިވާގޮތަށް ކުލި ނުދައްކާ އެތަން އެއްބަސްވުމާއި ޚިލާފަށް ބޭނުންކުރަން އުޅޭނަމަ އިސްތިއުނާފުރައްދުވާ ފަރާތުން ޝަރުޢީ ކޯޓަށް އަމިއްލައަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދަންޖެހޭފަދަ އެއްވެސް ސަބެ ބެއް ނެތްކަމަށެވެ. އަދި މީގެ އިތުރުންވެސް އިސްތިއުނާފުރައްދުވާ ފަރާތުން ކުލި ދެއްކުން ހުއްޓާލީ ލިޔުމުން އޮތް އެއްބަސްވުން ވީދާލާ އަލުން އެއްބަސްވުން އިއާދަ ކޮށްދޭނެކަމަށ ބުން އޮޅުވާލަމުންދާތާ ގިނަ ދުވަސަ ތަކެއް ވުމުން ކަމަށް ބުނެ ޝަރީޢަތުގެ މަޖިލީހުގައި ތފްޞލްކޮށް ވާހަކަދައްކާފައިވެއެވެ. ޝަރުޢީ ޤާޢިދާއެއްކަމަށްވި " ޢަހުދަށް ވަފާތެރިވުމުގެ ޤާޢދި" އާއެ " އެއްބަސްވުމެއްގައި ބަލަންޖެހޭނީ އ އެއްބަސްވުމުގެ މަޤުޞަދަށެވެ. އެއްބަސްވުމުގެ ލަފުޡުތަކާއި މާނައަކަށްނޫނެވު" އަށެ ރިޢާޔަތްކޮށް ތަޠުބީޤު ކުރުމުގައި އެދި ޤާއިދް ގައި ބުނާ އެއްޗަކާވެސް އަދި ޤާޢާ ދާގެ މަފްހޫމާވެސް ދިމާ އިދިކޮޅަށް ރިޢާޔަތްކޮށް އެގޮތުގެމަތީން މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
4އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މި މައްސަލާގައި އަޙުދަށް ހުރުމަތްތެރިކޮށް ނުހިތައި ނުވަތަ އަޙުދާ ޚިލާފުވި ފަރާތަކީ އިސްތިއުނާފުރައްދުވ ފަރާތާ ކަމަށެވެ. އެގޮތުން ކުއްޔަށް ދިން ތަނުގެ ކުލީގެ ގޮތުގައި ކޮންމެ މަހަކު -12,000/ ރުފިޔާ ދައްކަން އަޙުދުވުމަށްފަހު އެ އަޙުދުވ ގޮތަށި ކުލި ދެއްކުން ހުއްޓާލާފައިވާކަމަށެވެ. އަދި ކުއްޔަށް ދިން ތަން އަތުލާފައިވަނީ ކުލި ދެއްކުން ހުއްޓާލިތާ އެތަކެއް މަހެއް ފާއިތުވެދިޔަ ފަހުންކަމަށެވެ. އެހެންކަމުން އިސްތިއުނާފުރައްދުވާ ފަރާތުން ކުލި ދައްކަމުން ނުދާ ޙާ ލަތުގައިވެސ ތަން ހަވާލުކުރަން އަންގަވާފައި އޮތުމުން މައްސަލަ ބެއްލެވި ޤާޟީ މައްސަލަ ނިންމުމުގައި ޢަމަލކުރައްވާފު އިވަނ ބުނެވެދިޔަ ޤާޢދި އާއި އިނދިކޮޅަށް ކަމަށެވެ. އަދި މީގެ އިތުރުން އެއްބަސްވުމެއްގައި ބަލަންޖެހޭނީ އެ އެއްބަސްވުމެއްގެ މަޤްޞް ދަށެވެ. އެއްބަސްވުމުގެ ލަފުޟުތަކާއި މާނައަކަށ ނޫންކަމަށް ބުން ޤާޢި ދ އާ ޚިލާފަށާ މައްސަލް ނިންމަވާފައިވާކަމަށް ބުނެ ތަފްސީލްކޮށް ވާހަކަދައްކާފައިވެއެވެ.
04. އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން އެއްބަސްވުން ވީދާލުމުންވެސް އިސްތިއުނާފުރައްދުވާ ފަރާތުން އެއްބަސްވުމާއި އެއްގޮތަށް ކުލި ދައްކަމުންގޮސް 1102 ވަނަ އަހަރުގެ މެއި މަހާއި ހަމައަށް އިތުރު ފިޔަވަޅެއް އެޅުމަކާނުލައ ހުރި އިސްތިއުނާފުކުރާ ފަރާތުން ލިޔުމުން އެއްބަސްވުން އަނބުރާ އިޢާދަކޮށްދޭނަމޭ ބުނުމުންކަމަށެވެ. އަދި ކުލި ދައްކަމުން އެހާ ގިނަދުވަހަށް ދެމިހުރީ ޢަހް ދަށްވަފާތެރިވުމުގެ އުޞޫލުން އިސްތިއުނާފުކުރާ ފަރާތުންވެސް ތެދުވެރި ނިޔަތަކާއެކު ޢަހުދަށް ވަފާތެރިވުމުގެ ސުލޫކު ދައްކާނެ ކަމުގެ އިންތިޒާރުގައިކަމަށެވެ. އެހެންކަމު ން އަހުދަށް ވަފާތެރިވުމުގެ ޤަޢިދާއާއި ޚލާފި ވެފައިވަނު އިސްތިއުނާފުކުރާ ފަރާތުންކަން ސާފުކަން ބޮޑުގޮތެއްގައި އެނގޭކަމަށެވެ. އެޑްވާންސް ކުލީގެ ގޮތުގައި -400,000/ ރުފިޔާ ދެއްކިކަމަށް ބުނާ ވާހަކައަކީ ތެދު ވާހަކައެއްނޫންކަން އެނގެން އޮތްނަމަވެސް އެކަމަށްވެސް މައްސަލަ ބެއްލެވި ޤާޟީ ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ ހުށަހެޅި ނުކާތާ
02. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އެޑްވާންސް ކުލީގެ ގޮތުގައި -400,000/ރ. (ހަތަރުލައްކަ ރުފިޔާ) ދީފައިވާކަމަށް ބުނެފައިވާއިރު އަދި އެޑްވާންސްކުލީގ ގޮތުގައެ އެފައިސާ ދެއްކިކަން ސާބިތުވާ އެއްވެސް ހެއްކެއް އިސްތިއުނާފުރައްދުވާ ފަރާތުން ހުށަހަޅާފައި ނުވާކަމަށެވެ. އަދި ކުލީގެ މުޢާމަލާތުތަކުގައި ރާއްޖޭގައި ޢަމަލުކުރާ އާދަކާދައަށ ބަލާއިރް އެޑްވާންސް ކުލި ދައްކާފައިވާ ޙާލަތުގައި މަހުކުލި ދައްކަނީ އެޑްވާންސް ކުލިން މަހު ކުއްޔަށް ބައެއް އުނިކުރުމަށްފަހުގައިކަމަށެވެ. ނަމަވެސް މިމައްސަލާގައި މަހުކުލި ދައްކަމުން އައިސްފައިވަނީ އެއްވެސް މިންވަރެއް އުނިކުރުމަކާނުލައިކަން ހެކިންގެ ހެކިބަހާއި ހުށަހެޅިފައިވާ ލިޔުންތަކުންވެސް ފެންނަން އޮތްއިރު އެޑްވާންސް ކުލީގެ ގޮތުގައި -400,000/ ރުފިޔާ ދެއްކިކަމަށް ބުނާ ވާހަކައަކީ ތެދު ވާހަކައެއްނޫންކަން އެނގެން އޮތްނަމަވެސް އެކަމަށްވެސް މައްސަލަ ބެއްލެވި ޤާޟީ ރިޢާޔަތްކުރައްވާފައި ނުވާކަމަށެވެ.
02. އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވަނީ ޤާނޫނީ ގޮތުން ދިވެހިރާއްޖޭގެ ކުލީގެ މުޢމަލާތްތަކުގައި އެޑްވާންސާ ފައިސާ އާއި މެދު ޢަމަލުކުރާ އިސްތިޤްރާރުވެފައިވާ ޝަރުޢީ ބުރަދަން ދީފައިވާ އެއްވެސް އާދަކާދައެއް ނެތްކަމަށެވެ. ކޮންމެ ހުށަހެހެޅުމަކާއި ޤަބޫލުކުރުމެއް ބިނާވަނީ ދެފަރާތުގެ ދެމެދުގައި އެވަގުތަކު ރުހުން އޮންނަ އަދި ބޭނުންވާގޮ ތަށް ކަމަށެވެ. އެހެންކަމުން އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ކުލީގެ މުއާމަލާތް ކުރުމުގެ އާދައެއްކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއަކީ އެއްވެސް ހުއްޖިއްޔަތެއް ލިބިގެންވާ ނުކުތާއެއް ނޫންކަން ފާހަގަކުރާކަމަށެވެ.އަދ އިސްތިއުނާފުކުރި ފަރާތަށް ލިބިދީފައިވާ ފައިސާއަކީ ކުލީގެ މުއާމަލާތުން ބޭރު ފައިސާއެއުކަނ ދަށު ކޯޓުގައި އިސްތިއުނާފުކުރާ ފަރާތް ނ ސާބިތުކުރުމެއް ނެތް އާދައެއ އޮތްކަމަށް ބުން އެ އާދައަށް އެ މައްސަލަ ބެއްލެވި ޤާޟީ ރިޢާޔަތްކުރައްވާފައިނުވ ކަމަށާ ބުނާބުނުމަކީ އެއްވެސް އަޞްލެއްގެ މައްޗަށ ބިނާވެފައިވާ އަދި ޙަޤީޤަތެއްގެ މައްޗަށްވެސް ބިނާވެފައިވާ އަދި ޤާނޫނީ ހަމައެއްވެސް އޮތްކަމެއް ނޫންކަމަށް ބުނީ ތަފްޞީލް ގޮތެއްގައި ވާހަކަދައްކާފައިވއެވެ.
33އިސްތިއުނާފރައްދުވާފަރާތުން އެދިފައިވަނީ: " މި އެންމެހާ ނުކުތާތަކަށް ރިޢާޔަތްކުރާއިރު ދަޢުވާކުރި ފަރާތުން އިސްތިއުނާފި ކޮށްފައިވާ މައްސަލައަކީ ޝަރުޢީ އަދ ޤާނޫނި މިންގަނޑަށް ސާބިތުކޮށް ޙުކުމް ކުރެވިފައިވާ މައްސަލައެއްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ވިޔަފާރީގެ ވެށުމަކަރުވެރ ޙީލަތްތެރި އުޞޫލުތަކް ން ރައްކާތެރިކޮށްދިނުމަށްޓަކައި، މަކަރާއި ހީލަތުން އެއްބަސްވުމެއްގެ އަސްލް ވީދާލައިގެނ އެއްބަސްވުން ނިމުމަކަށް ނުގެނެވޭނެ އުޞޫލު ނަގަހައްޓައި އެއީ އެފަދަ ޢަމަލެއްކުރާ ފަރާތަކަށް އެ އެއްބަސްވުމުގެ ޒިންމާތަކުން ޤާނޫނާއި ޚިލާފަށް ރެކިގަނެވޭނެ ކަމެއް ނޫންކަން އެނގޭނެ ފަދައަކްން ކަނޑައަޅައި، އިސްތިއުނާފެކުރާ ފަރާތުން އެދިފައިވާ ގޮތަށުސިވިލ ކޯޓުގް ނަންބަރ 1154/Cv-C/2016 ގެ ޙުކުމް ބާޠިލް ކުރާނެތަނެއ ނެތްކަމަށް ކަނޑައަޅައި، ޙުކުމުގައި ކަނޑައަޅާފައިވާ ގޮތަށް އެއްބަސްވުމުގެ ދަށުން ކަނޑައެޅިފައިވާ ޙައްޤުތައް އިސްތިއުނާފު ރައްދުވާފަރާތަށް ލިބިދިނުމުގައި، އަދި ބޭނުންކުރުމުގައި، ހުރަހެއް އަދި ދައްޗެއ ނުކުރުމަށް ދައުވާލިބޭ ފަރާތްކަމަށްވާ ޢަލީ އިބްރާހީމް މަނިކުގެ މައްޗަށް އަމުރުކޮށްދެއްވައި، ޤަޟިއްޔާ ނިމޭތާ 4 ދުވަސް ތެރޭ ދަށުކޯޓުގެ ޙުކުމުގައިވާ ގޮތަށް ކުލި ދެއްކުމަށާއި ޢިމާރާތް ޙަވާލުކުރުމަށް ދެޚަސްމުންގެ މައްޗަށް ޢަމުރުކޮށް މައްސަލަ ނިންމަ ވައިދެއްވުން." މި ފަދައިންކަނ އެނގެން އޮވެއެވެ. އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގެ 2 ވަނަ ނަންބަރު ޝަރީޢަތުން ރިޢާޔަތް ކޮށްފައިވާ ކަންކަމާއި އިސްތިއުނާފީ ނުކުތާތަކާމެދު ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ގޮތް
01.ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފު ކުރެވޭނެ ޙާލަތްތަކުގެ ތެރޭގައި، އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުންކަން އެނގެނއް ވެއެވެ.
00.އިސްތިއުނާފު ކުރެވިފައި މިވާ ޤަޟިއްޔާ އަކީ ބިމާ ޢިމާރާތް ކުއްޔަށް ދިނުމާ ބެހޭ ގޮތުން ހުށަހެޅިފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ. އެ މައްސަލަ ބިނާ ކޮށްފައިވާ މައިގަނޑު އަސާސަކީ ދެފަރާތުގެ ދެމެދު ވެވުނުކަމަށް ބުނާ އެއްބަސްވުމެއްގެ މައްޗަށެވެ. އެ އެއްބަސްވުމަކީ ދެފަރާތުން ލިޔުމުން އެއްބަސްވެ ސޮއިކޮށްފައވި އެއްބަސްވުމެއް ކަމުގައި ދަޢުވާކުރާފަރާތުން ސިވިލް ކޯޓުގައި ބުނެފައިވެއެވެ. އަދި އެ އެއްބަސްވުން ވެވުނު ތާރީޚަކީ 02 ޖޫން 1104 ކަމުގައި ދަޢުވާކުރާފަރާތުން ބުނެފައިވެއެވެ.
11. އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1072/Cv-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ކޮޕީއަކާއި ހެކިންގެ ގޮތުގައި ބުނެވިދިޔަ ޤަޟިއްޔާގައި ޙާޟިރުކުރެވި ހެކިބަސް ނެގިފައިވާ ފަރާތްތަކުގެ މަޙުޟަރު ބަޔާންތަކެވެ. ބުނެވިދިޔަ ޤަޟިއްޔާ ވަނީ ދަޢުވާކުރާ ފަރާތުން ކޯޓަށް ޙާޟިރުނުވުމުގެ ސަބަބުން ބާޠިލްކޮށްފައިކަން އެ ޤަޟއި ޔާގެ ޙުކުމުން އެނގެން އޮވެއެވެ.
10. އިސްތިއުނާފު ކުރެވިފައި މިވާ ޤަޟިއްޔާ ގެ ދަޢުވާއަށް ދަޢުވާރައްދުވާ ފަރާތުން އިންކާރުކޮށްފައިވާކަން އެނގެން އޮވެއެވެ. ޤާނޫނު ނަންބަރު 1101/11 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 44ވަނަ މާއްދާ ސިވިލް ކޯޓްގެ ނަންބަރު 1154/Cv-C/2016 ޤަޟިއްޔާ ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 4ވަނަ ނަންބަރު ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 01ވަނަ ނަންބަރާއި 00ވަނަ ނަންބަރު ސިވިލް ކޯޓްގެ ނަންބަރު 1154/Cv-C/2016 ޤަޟިއްޔާ ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޖަވާބު
11. ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއްވެފައިވާކަމަށް ބުނާނަމަ ޤާނޫނީ ގޮތުން އެކަން ސާބިތުކޮށްދިނުމަކީ އެއްބަސްވުމެއް ވެފައިވާކަމަށް ބުނާފަރާތުން އުފުލަންޖެހޭ ޒިންމާއެއްކަމުގައި އަހުރެން ޤަބޫލުމުރަމެވެ. އެހެންކަމުން، މިޙާ ލަތުގައި އުފެދޭ ފުރަތަމަ ސުވާލަކީ ދަޢުވާކުރާފަރާތުން ބެނެފައިވާފަދަ އެއްބަސްވުމެއް މިދެފަރާތުގެ ދެމެދު ވުޖޫދުވެފައިވޭތޯ އުފެދޭ ސުވާލެވެ.
14. އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ އެއްކަމަކީ ޤާނޫނު އެހެން ގޮތަކަށް ކަނޑަނާޅާނަމަ ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމް އެއްޗެއް 12 11 ނޫންކަންކޮންޓްރެކްޓާ ބެހޭ ޤާނޫނަށް ބެލުމުން އެނގެން އޮންނަކަމަށް ފާހަގަކޮށްފައިވާ ނުކުތާއެވެ.
14. އެހެންކަމުން، ދެން އުފެދޭ ސުވާލަކީ ބމި ޢިމާރާތާ ކުއްޔަށް ދިނުމުގައި ކޮންޓްރެކްޓް ކުރަންވީ ވަކި ހަމަތަކެއް ޤާނޫނެއްގައި ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ހަދާފައިވާ އެއްވެސް ޤަވާޢިދެއްގައި ބަޔާންކޮށްފައިވޭތޯ އުފެދޭ ސުވާލެވެ. މިގޮތުން ބަލާއިރު، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ގައި ބަޔާންކޮށްފައިވނީ ކުއްޔަށްދެނަ 0 (އެކެއް) އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަކަށް ކަމަށް ވާނަމަ، އެތަނެއް ކުއްޔަށް ދޭންވާނީ، އެ ތަނެއް ކުއްޔަށް ދިނުމާ ބެހޭގޮތުން، މި ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން އެގްރީމެންޓެއް ކުރުމަށް ފަހުގައި ކަމަށެވެ.
12. ގޯއްޗާއި ގޯތީގައި ހަދާ ޢިމާރާތް ކުއްޔަށް ދިނުމާބެހޭ ޤަވާޢިދުގު 01ވަނަ މާއްދާގައި ކުއްޔަށް ދެނީ ގޯއްޗެއްގެ ބައެއް ނުވަތަ ޢިމާރާތެއްގެ ބައެއްކަމަށްވާނަމަ، އަދި އެތަނެއް ކުއްޔަށް ދެނީ 0 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ކަމަށްވާނަމަ، އެތަނެއް ކުއްޔަށް ދޭންވާނީ އެތަނެއް ކުއްޔަށް ދިނުމާބެހޭ ގޮތުން އެގްރީމެންޓްކުރުމަށް ފަހުގައި ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ޤަވާޢިދުގެ 00ވަނަ މާއްދާގައި "މި ޤަވާޢިދުގެ 0 އަދި 01ވަނަ ނަންބަރުގައި ބުނެފައިވާ އެގްރީމެންޓްގައި ތިރީގައި ބުނެފައިވާ ބައިތައް ހިމަނަންވާނެއެވެ" މިހެން ބަޔާންކޮށް، ޤާނޫނު ނަންބަރު 00/4 ސިވިލް ކޯޓްގެ ނަންބަރު 1154/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ 4ވަނަ ނަންބަރުގެ (ހ) ޤާ ނޫނު ނަންބަރ 1111/0 ޤާނޫނު ނަންބަރު 1111/0 ގެ 11ވަނަ މާއްދާގަ (ނ) ކުއްޔަށްދޭ މުއްދަތު، ގޯތި ނުވަތަ ޢިމާރާތުގެ ކުލި، ކުއްޔަށް ދޫކުރެވޭ ބޭނުން ފަދަ ކަންކަން ލިސްޓްކުރެވިފައިވާކަން އެނގެން އޮވެއެވެ. އެހެންކަމުން، ގޯއްޗާއި ގޯތީގައި ހަދާ ޢިމާރާތް 0 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދޭނަމަ، އެތަނެއް ކުއްޔަށް ދެވޭނީ ލިޔުމުން އެއްބަސްވުމަށް ފަހުގައިކަން އެ ޤަވާޢިދަށް ބެލުމުން އެނގެއެވެ.
12. މި ޤަޟިއްޔާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މި ދެފަރާތުގެ ދެމެދުގައި ލިޔުމުން އެއްބަސްވުމެއް ވެވުނުކަމަށާއި އެ އެއްބަސްވުން ދަޢުވާލިބޭފަރާތުން ވީދާލާފައިވާކަމަށ ބުން ސިވިލް ކޯޓުގައި ކޮށްފައިވާ ދަޢުވާއާ ގުޅިގެން ސިވިލް ކޯޓަށް ޙާޟިރުކުރެވުނު ހެކިންގެ ހެކި ބަހުން އެކަންކަން ސާބިތުވާކަމަށް ކަނޑައަޅާފައިވާކަން އެނގެން އޮވެއެވެ.
11. ހެއްކާ ގުޅޭ ޢާންމު އުސޫލަކީ 'ބެސްޓް އެވިޑެންސް ރޫލް' ކަމާއި، އެ ގޮތުން ހެކީގެ ގޮތުގައި އެންމެ މަތީ ދަރަޖައެއް ދެވެނީ އެ ލިޔުމެއްގެ އަސްލަށް ކަމަށާއި، އަސްލު ނެތް ޙާލަތުގައި، އެލިޔުމެއްގެ ކޮޕީވެސް ބަލައިގަންނަ ކަމާއި، އަދި ކޮޕީވެސް ނެތް ނަމަ، ހެކިވެރީންގެ ހެކިބަހުން އެއްބަސްވުން ސާބިތުކުރުމަކވެސް ޢަމަލުކުރަމުން އަންނަ އިސްތިޤްރާރުވެފައިވާ ހަމައެއްކަން އެނގެއެވެ. އެހެންކަމުން، ލިޔުމުން އެއްބަސްވުމެއް ވުމަށަފަހު އެ ލިޔުން ވީދާލައި، ނައްތާލާފައިވާނަމަ، ބުނެވިދިޔަ ހަމައިން ހެކިވެރިންގެ ހެކިބަހުންވެސް އެއްބަސްވުން ވުޖޫދުވިކަން ސާބިތުކުރެވިދާނެކަން އެނގެއެވެ. އަދި ހަމަ އެހެންމެ މި ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ މުޢާމަލާތްތަކަށް ބެލުމުންވެސް މި ދެފަރާތުގެ ދެމެދު އެއްބަސްވުމެއް އޮތްކަމަށް ދަލާލަތުކުރެއެވެ. މަދަނީ މައްސަލަތައް ސާބިތުކުރުމުގެ މިންގަނޑުން ބަލާއިރުވެސް، މިދެފަރާތުގެ ދެމެދު އެއް ބަސްވުމެއ ވެފައިވާކަމަށް މި ދެފަރާތުގެ ދެމެދު ކުރެވިފައިވާ މުޢާމަލާތްތަކުން ބުރަވެވެއެވެ.
11. ދަށު ކޯޓުގެ ޙުކުމް ޤާނޫނއަސާސީގު 41ވަނަ މާއްދާގަ (ހ) އާއި (ށ)އާ ޚިލާފު ވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާ ބުނުން ފިޔަވާ އެކަމަށް އެއްވެސް އއ ޓަރ ހުރު ޤާން ނ ހުއްޖަތެއް މި މައްސަލަ އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައިވާ ކަމުގައި އަހުރެން ނުދެކެމެވެ. ސިވިލް ކޯޓުގެ ޙުކުމުގައި ބުނެފައިވަނީ މިދެފަރާތުގެ ދެމެދު އެއްބަސްވުމެއް އޮތްކަން ސާބިތުވާކަމަށާއި، ކުލިދައްކަންޖެހޭ ފަރާތުން މަހުންމަހަށް ކުލިދައްކަމުން ދިއުމަށާ އަދި އެއްބަސްވުމާއެއްގޮތަށް ޢަމަލުކުރުމުގައި އެއްވެސް ހުރަހެއް ނޭޅުމަށްކަންސާފުކޮށެ އެނގެނެ އޮވެއެވެ. އެ ޙުކުމުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތުގް މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤަށް ޤާނޫނީ އިމުމުނ ބޭރުން އަރައިގެންފައިވާކަނ ނުވަތަ އެ ޙައްޤު ނިގުޅައިގެންފައިވާކަމަށް ބެލެވިދާނެ އެއްވެސް ހަމައެއް އޮތް ކަމުގައި އަހުރެންނުދެކެމެވެ. ބިމުގެ ވެރިފަރާތަށް ކުލި ދެއްކުމަކައި ނުލަބިމުގައި ހުރުމުގެ ޙައްޤެއް އޮތްކަމަކަށް ސިވިލ ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައި ވާކަމަކަށ އަހުރެންނަކަށް ޤބޫލެއްނުކުރެވެއެވެ.
10. ކުއްޔަށްދީފައިވާ ތަނަށް ދައްކަންޖެހޭ ކުލި ދެއްކުން ކުއްޔަށްހިފާފަރާތުން ހުއްޓާލުމަކީ އެއްބަސްވުމުގެ ޖައުހަރީ މާއްދާ އަދި މުޅިއެއްބަސްވުމުގެ މަޤުޞަދާއ އިސްތިއުނާފުރައްދުވި ފަރާތުން ޚިލާފުވުންކަމަށްވާއިރު ކުލި ދެއްކުމަކާނުލައި ކުއްޔަށްދީފައިވާ ތަނެއް ބޭނުންކޮށް މަންފާ ލިބިގަތުމުގެ ފުރުޞަތު އިސްތިއުނާފް ރައްދުވާ ފަރާތަށް ލިބިދިނުމަކީ ޢަދުލު އިންސާފުގެ މަގުން އެއްކިބާވުންކަނ އެނގެން އޮތްކަމަށް ބުން ހުށަހެޅި ނުކުތާއިންވެސ އެނގިގެން ދަނީ މިދެފަރާތުގެ ދެމެދު އެއްބަސްވުމެއް ވެފައިވާކަން ކމުގައަ އަހުރެންނަށް ފާހަގަކުރެވެއެވެ. އެހެނީ އެއްބަސްވުމެއް ނެތް ނަމަ ކުލި ދައްކަންޖެހޭ ސަބަބެއް އޮންނާނެކަމުގައި ބެލެވޭނެ ޤާނޫނީ ހަމައެއް ނެތަތީއެވެ.
41.ޝަރުޢީ ޤާޢިދާއެއްކަމަށްވާ "އަހުދަށް ވަފާތެރިވުމުގެ ޤާޢިދާ" އާއި "އެއްބަސްވުމެއްގައި ބަލަންޖެހޭނީ އެ އެއްބަސްވުމުގެ މަޤުޞަދަށެވެ. އެއްބަސްވުމުގެ ލަފުޡުތަކާއި މާނައަކަށްނޫނެވެ" އަށް ރިޢާޔަތްކޮށް ތަޠުބީޤު ކުރުމުގައި އެ ދެ ޤާޢދި ގައާ ބުނި އެއްޗަކާވެސް އަދި ޤާޢިދާގެ މަފްހޫމާވެސް ދިމާ އިދިކޮޅަށް ރިޢާޔަތްކޮށް އެގޮތުގެމަތީން މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއާ ގުޅިގެން އަހުރެންނަށް ފާހަގަވަނީ މިދެފަރާތުގެ ދެމެދު ލިޔމު ނ ވެފައިވް އެއްބަސްވުމެއް ނެތްނަމަ، ބުނެވިދިޔަ ދެވަނަ ޤާޢިދާއަށް ޢަމަލުކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ. އެކަމުންވެސް އެނގިގެންދަނީ ލިޔުމުން އެއްބަސްވުމެއް ވެފައިވާކަމެވެ.
40ކުއްޔަށް ދީފައިވާ ތަނަށް ދައްކަންޖެހޭ ކުލި ދެއްކުން ކުއްޔަށްހިފި ފަރާތުން ހުއްޓާލުމަކީ އެއްބަސްވުމުގެ ޖައުހަރީ މާއްދާ އަދި މުޅި އެއްބަސްވުމުގެ މަޤްޞަދާ އިސްތިއުނާފުރައްދުވާ ފަރާތުން ޚިލާފުވުންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވީނަމަވެސް، ކުލި ދެއްކުން ހުއްޓާލާފައިވާނަމަ އެކަމާ ގުޅިގެން ދަޢުވާކުރުމުގެ ޙައްޤު އޮވެމެ، އެފަދްއެއްވެސ ދަޢުވާ ކޮށްފައިވާކަން އެނގެން ނެތްކަން ފާހަގަކުރެވެއެވެ. ވީމާ، އިސްވެ ފާހަގަކުރް ވުނު ކަންކަން އ ގޮތަށް ހުރުމުނެ […] / ޢަލީ އިބްރާހީމް މަނިކުގުފަރާތުނެސިވިލ ކޯޓުގް ނަންބަރ 1154/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްކަމަށް މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓު ގއ ބެލި ފަނޑިޔާރުންނަކަށް ނުފެނެއެވެ. ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރވުނެ ގޮތަށް ހުރުމާއެކު، ސިވިލް ކޯޓގު ނަންބަރު 1154/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި […] / ޢަލީ އިބްރާހީމް މަނިކުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގންނަންޖެ ހ ޝަރުޢީ ނުވަތަ ޤާނޫނީ ހަމައއެ ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލބެލަ ފަނޑޔާރުންގި އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު)
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)
- ގޯއްޗާއި ގޯތީގައި ހަދާ ޢިމާރާތް ކުއްޔަށް ދިނުމާބެހޭ ޤަވާޢިދު
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) - އިސްތިއުނާފުކުރެވޭ ޙާލަތްތަކާބެހޭ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ - މުދާ ހޯދުމާއި މިލްކުކުރުމުގެ ޙައްޤާބެހޭ މާއްދާގެ (ހ) އަދި (ށ) (އިސްތިއުނާފުކުރި ފަރާތުން ޙަވާލާދީފައި)
- ސިވިލް ކޯޓުގެ 2015/Cv-C/1072 (ހެކީގެ ގޮތުގައި ހުށަހެޅި ބާޠިލުވި ޤަޟިއްޔާ)
- ބެންޗު
- ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް