ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/372
މުޙައްމަދު އިނާނު ވ. 1- ފާތިމަތު ސަމީރާ، 2018/HC-A/372
Mohamed Inaanu v. 1- Fathimath Sameeraa 2018/HC-A/372 (2018/HC-A/372, High Court of the Maldives, 31 October 2021)
މުޙައްމަދު އިނާނު ވ. 1- ފާތިމަތު ސަމީރާ
މައިގަނޑު ސުވާލު
ބިމުގެ ވެރިފަރާތާއި އަޞްލު ކުއްޔަށް ހިފި ފަރާތް ޞުލްޙަވެ، ސަބްޓެނަންޓް (ތިންވަނަ ފަރާތް) ގެ ބަހެއް ނުހޯދައި، އޭނާގެ ޙައްޤުގައި ވަގުތީ އަމުރެއް އޮއްވާ، އަޞްލު ކުލީގެ އެއްބަސްވުން ބާޠިލުކޮށް ސިވިލް ކޯޓުން ކުރި ޙުކުމް ޞައްޙަތޯ؛ އަދި އަޞްލު އެއްބަސްވުން އުވާލުމުން ފަރުޢީ އެއްބަސްވުމަށް ވާނެ ގޮތް.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބަދަލުކުރި
ކަނޑައެޅުނު އުޞޫލުތައް
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23) ޤާނޫނީ ވަކީލުންގެ މަސައްކަތަކީ ޢަދުލު އިންޞާފު ނެގެހެއްޓުމަށް ކުރާ މަސައްކަތެކެވެ. ކޮންމެ ގޮތަކުން ވެސް މުވައްކިލުގެ ކޮޅަށް މައްސަލަ ކާމިޔާބުކޮށްދިނުން ވަކީލުގެ ދައުރު ކަމަށް ދެކިގެން ނުވާނެއެވެ. ވަކީލަކު ބައިވެރިވާ މައްސަލައެއްގައި ގުޅުންހުރި ވަގުތީ އަމުރެއް ފަދަ އަސާސީ މަޢުލޫމާތު ކޯޓާ ޙިއްޞާ ނުކުރުމަކީ ކަންބޮޑުވާންޖެހޭ ޖާއިޒު ސުވާލެއް އުފެދޭ ކަމެކެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24) ދަޢުވާ ފޯމުގައި ގުޅުންހުރި މައްސަލައެއް ހިނގަމުންދާކަން ބަޔާންކޮށްފައިވާނަމަ، އެއީ ކޮން މައްސަލައެއްކަމާއި އޭގައި ކަންވެފައިވާ ގޮތް ކުޑަމިނުން ބަލައިލުމަކީ ފަހުން ހުށަހެޅުނު މައްސަލަ ބަލާ ޤާޟީގެ ޒިންމާއެކެވެ. މަޢުލޫމާތު ދިނުމާއި ހޯދުމުގެ ޒިންމާ ދެފަރާތަށް ވެސް އޮތުމުން، އެފަދަ ޙާލަތެއްގައި މުޠުލަޤަށް ޝަރީޢަތަށް އޮޅުވާލައިގެން ކުރިއަށް ގެންދިޔަ މައްސަލައެއް ކަމަށް ނުނިންމޭނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25) ތިންވަނަ ފަރާތެއްގެ ޙައްޤު ހިމެނޭ ޚުޞޫމާތެއް އެ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީ ކުރިއަށް ގެންދިއުމަކީ ޢަދުލު އިންޞާފުގެ ހަމައެއް ނޫނެވެ. އެ ޙައްޤު އުފެއްދި ފަރާތްތަކުން ތިންވަނަ ފަރާތަށް ނޭނގި އޭނާގެ ޙައްޤަށް އަސަރުކުރާގޮތަށް ޞުލްޙަވެ އެއަށް ބިނާކޮށް ދަށުކޯޓުން ކުރާ ނިންމުމަކީ އިސްތިއުނާފުގައި ބަދަލުކުރެވިދާނެ ނިންމުމެކެވެ. ޞުލްޙައަކީ ހެޔޮ ގޮތެއް ނަމަވެސް ޞުލްޙަ ވެވޭނީ ވަކި ހަމަތަކެއްގެ ތެރޭގައެވެ؛ ޝަރުޠާ ޚިލާފަށް ވާ ޞުލްޙައެއް ހެވެއް ނުވާނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26-27) ބިމާބެހޭ ޤާނޫނާއި އޭގެ ދަށުން ހަދާފައިވާ ޤަވާޢިދުގެ ދަށުން ގޯއްޗެއް ނުވަތަ ޢިމާރާތެއް ނުވަތަ އޭގެ ބައެއް ކުއްޔަށް ދެވިދާނެއެވެ. މުޅި ގޯތި ނުވަތަ މުޅި ޢިމާރާތް ކުއްޔަށް ދޭނަމަ ކޮންމެ މުއްދަތަކަށް ވިޔަސް ކުލީގެ އެއްބަސްވުމެއް އޮންނަންޖެހޭނެއެވެ؛ ބައެއް ކުއްޔަށް ދޭނަމަ އެއްބަސްވުމެއް ލާޒިމުވަނީ 1 އަހަރަށްވުރެ ދިގު މުއްދަތަކަށް ދޭނަމައެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28) ގޯތި ނުވަތަ ޢިމާރާތް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ޤަވާޢިދުގައިވާ އަސާސީ ކަންކަން (ކުއްޔަށް ދޭ މުއްދަތު، ކުލި، ކުއްޔަށް ދޫކުރެވޭ ބޭނުން، މުއްދަތު ހަމަވުމުގެ ކުރިން ތަން ދޫކޮށްލުމުން ނުވަތަ އަތުލުމުން ޢިމާރާތާއި ނުއުފުލޭ މުދަލާމެދު ޢަމަލުކުރާނެ ގޮތް، ބައިވެރިއަކު މަރުވެއްޖެނަމަ ހަދާނެ ގޮތް) ހިމެނެން ޖެހެއެވެ. އޭގެ އިތުރުން ފަރާތްތައް އެއްބަސްވާ އެހެން ޝަރުޠުތައް ހިމެނުމަކީ ކުރެވިދާނެ ކަމެކެވެ؛ ޤާނޫނުގައި އެހެން ގޮތަކަށް ނުބުނާނަމަ ކޮންޓްރެކްޓެއް ވަކި ގޮތަކަށް އޮތުން ލާޒިމެއް ނޫނެވެ (ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާ).
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29-30) ކުއްޔަށް ހިފާ ފަރާތުން ތިންވަނަ ފަރާތަކަށް ސަބްލީޒްކުރާ ޙާލަތުގައި ޢަމަލުކުރާނެ ގޮތް ބިމާބެހޭ ޤާނޫނާއި ޤަވާޢިދުގައި ބަޔާންކޮށްފައި ނުވާތީ، އެކަން އިންތިޒާމުވާނީ ކޮންޓްރެކްޓާބެހޭ ޤާނޫނާއި ވެރިފަރާތާއި ކުއްޔަށް ހިފާ ފަރާތާ ދެމެދުގެ އަޞްލު އެއްބަސްވުމުގެ (head tenancy) މައްޗަށް ބިނާކޮށެވެ. ބިމާއި ޢިމާރާތް ކުއްޔަށް ދިނުމުގެ ފުރިހަމަ ޤާނޫނީ އޮނިގަނޑެއް ދިވެހިރާއްޖޭގައި ނެތެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31) ޢާންމު އުޞޫލުން އަޞްލު އެއްބަސްވުން ޓާރމިނޭޓްކުރުމުން ފަރުޢީ އެއްބަސްވުމުގެ (subtenancy) ދަށުން އުފެދޭ ޙައްޤުތައް ވެސް ނިމުމަކަށް އަންނާނެއެވެ. އޭގެ އިސްތިސްނާއަކީ ފަރުޢީ އެއްބަސްވުމުގެ ކުރިން ބިމުގެ ނުވަތަ ޢިމާރާތުގެ ވެރިފަރާތުގެ ރުހުން ހޯދާފައި ނުވަތަ އިޢުތިރާޟެއް ނެތްކަން އޮތުމެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32-34) އަޞްލު އެއްބަސްވުމުން ސަބްލީޒްކުރުމުގެ އިޚްތިޔާރު ދީފައިވާ ޙާލަތެއްގައި، ނުވަތަ ވެރިފަރާތުގެ އެނގުމާއި ރުހުމާއެކު (ޟިމްނީ ގޮތުން ވިޔަސް) ފަރުޢީ އެއްބަސްވުމެއް ވެފައިވާނަމަ، ތިންވަނަ ފަރާތުގެ މަޞްލަޙަތު ހިމާޔަތް ނުކުރެވޭ ގޮތަށް ވެރިފަރާތާއި ފުރަތަމަ ކުއްޔަށް ހިފި ފަރާތާ ދެމެދުގެ އަޞްލު އެއްބަސްވުން (head lease) އުވައެއް ނުލެވޭނެއެވެ. ތިންވަނަ ފަރާތުގެ މަޞްލަޙަތާ ގުޅޭ ކަންކަމުގައި އޭނާ ޝާމިލުކޮށް އޭނާގެ ބަސް އަހަންޖެހޭނެއެވެ.
ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:
1މިއީ، ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1927 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނޫން ކަމަށްބުނެ އޤަޟިއްޔެ އިސްތިއުނާފު ކުރުމުގު ހުއްދައަށް އެދި ގއ.ގެމަނަފުށި، […] / މުޙައްމަދު ޢިނާން (އައި.ޑީ.ކާރޑް ނަންބަރު:) (މުޙައްމަދު ޢިނާން) ގެ ފަރާތުން ދިވެހރާއްޖޭގި ހައިކޯޓަށް 11 ސެޕްޓެންބަރު 2017 ވަނަ ދުވަހު ހުށަހެޅުމުން، އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި މުޙައްމަދު ޢިނާނގު ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ބަލާއިރު މަޤްބޫލު ސަބަބެއް ހުށަހަޅާފައިނުވާތީ، އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލަ ބަލައިގަތުމުގެ ހުއްދަ ދެވެން ނެތްކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން 29 ޖަނަވަރީ 2018 ދުވަހު ނިންމާފައިވާ ނަންބަރު 2/8IH/201-HC ނިންމުން، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެނިންމުން އިލްތިމާސްކުރުމުގެ ހުއްދައަށް އދ 06 މާރިޗް 2018 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-L/67 ފޯމުން ހުށަހަޅުމުން، ސިވިލް ކޯޓުގެ ނަންބަރު:C/2017-Cv/1927 ޤަޟިއްޔާގެ އިސްތިއުނާފީ ޝަރީޢަތް ކުރިއަށް ގެންދިއުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްވީލުކުރުމުން ބެލި ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ […] މުޙައްމަދު ސަމީރު (އައި.ޑީ.ކާރޑް ނަންބަރު:) (މުޙައްމަދު ސަމީރު) އާއި […] ކ.މާލެ / ފާޠިމަތު ސަމީރާ (އައި.ޑީ.ކާރޑް ނަންބަރު:) (ފާޠިމަތު ސަމީރާ) އަދި […] ކ.މާލެ / މުޙައްމަދު ނަޡީމް ޢަލީ (އައި.ޑީ.ކާރޑް ނަންބަރު: ) (މުޙައްމަދު ނަޡީމް) އެވެ. . ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 432018//95/1BA-197 (29 އޮގަސްޓް 8201) ސިޓީ މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
2[…] އެވެކިޔާ ގޯތީގައި ހަދާފައިވާ 2 ރޫމްގެ 2 އެޕާރޓްމަންޓާއި ބިންމަތީގައި ހަދާފައިވާ ގުދަނާއި […] އެވެ ކިޔުނު ގޯތީގައި ހަދާފައިވާ އެންމެހާ ތަން ތަން މުޙައްމަދް ނަޡމީއަށް ކުއްޔައް ދިނުމަށް މުޙައްމަދު ސަމީރު އާއި ފާޠިމަތު ސަމީރާ އާއި ދެމެދު 70 ޖުލައި 2016 ގައި އެއްބަސްވުމެއް ވިއެވެ. މިއީ ކުއްޔަށް ދިނުމުގެ އަޞްލު އެއްބަސްވުން ނުވަތު )head tenancy( އެވެ. މި އެއްބަސްވުމުގެ މުއްދަތަކީ 6 އަހަރާއި 1 މަސްދުވަހެވެ. އެއްބަސްވުމުގެ 2 ވަނަ ނަންބަރުގައި "ކުއްޔަށްހިފި ޢިމާރާތް ކުއްޔަށްހިފިފަރާތުން ދެވަނަ ފަރތަކަށ ކުއްޔަށް ދިނުން" މި ސުރާ ޚު ގެ ދަށުނ ކުއްޔަށހިފް ޢިމާރާތް ކުއްޔަށް ހިފި ފަރާތުން ދެވަނަ ފަރާތަކަށް ކުއްޔަށް ދިނުމާއި ކުއްޔަށް ހިފި ޢިމާރާތުގެ ކުއްޔަށްހިފާ ފަރާތުން ކުރަން ބޭނުން ކޮންމެ ވިޔަފާރިއެއް ކުރުމުގެ އިޚްތިޔާރު ކުއްޔަށް ހިފިފަރާތަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
3މިމާއްދާގެ ދަށުން ބާރުލިބިގެން މުޙައްމަދު ނަޠީމް، […] އެވެ ކިޔާ ގޯތީގައި ހުރި ޢިމާރާތުގެ ދެވަނަ ފަންގިފިލާގައި ހަދަމުންދާ 2 ކޮޓަރީގެ އެޕާޓްމަންޓް މުޙައްމަދު ޢނާނުއަށި ކުއްޔަށް ދިނުމަށް 14 އޮކްޓބަރޫ 2016 ދުވަހު އެއްބަސްވުމެއް ވެފައިވެއެވެ. މިއީ އަޞްލު އެއްބަސްވުމުގެ ދަށުން އުފަންކުރުވި ފަރުޢީ އެއްބަސްވުމެއް ނުވަތަ )subtenancy( އެވެ. މި ސަބްޓެނެންސީ ގެ މުއްދަތަކީ 15 ނޮވެނބަރް 2016 އިން ފެށިގެން 01 އޮގަސްޓް 2022 ގެ ނިޔަލަށް 5 އަހަރާއި 08 މަހާއި 15 ދުވަސްކަމަށް އެއެއްބަސްވުމުގެ 03 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. . އެއްބަސްވުމުގެ މުއްދަތު ފެށޭނީ 01 ޖުލައި 2016 ކަމުގައި ލިޔެވީނަމަވެސ އެއްބަސްވުމުގް ބައިވެރިން ސޮއިކޮށްފައިވަނީ 07 ޖުލައި 2016 ގައެވެ. . އެއްބަސްވުމުގެ 3 ވަނަ ނަންބަރުގައި އެއްބަސްވުމުގެ މުއްދަތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ 15 ނޮވެންބަރު 2016 އެވެ. ނަމަވެސް އެއްބަސްވުމުގެ އެއްމެފަހު ސަފްޙާގައި އަތުން 14 އޮކްޓބަރޫ 2016 މިހެން ލިޔެފައިވެއެވެ.
4ބަޔާންވެދިޔަ ސަބްޓެނެންސީގެ ދަށުން މުޙައްމަދު ނަޡމްވަނީ ކުލީގެ ގޮތުގައި މުޙައްމަދު ޢިނންގާ އަތުން -/400,000ރ. (ހަތަރުލައްކަ ރުފިޔާ) ނަގފައެވެ. އަދި މިފައިސާ ބޭނުން ކޮށްގެން، […] ކިޔާ ގެއިން މުޙައްމަދު ނަޡީމް ކުއްޔަށް ހިފާފައިވާ ތަނަށް އިންވެސްޓްކޮށް އެތަން ހަދައި އިތުރަށް ތަރައްޤީ ކުރިއެވެ. މިކަން ޢިމާރާތުގެ ވެރިފަރާތް މުޙައްމަދު ސަމީރު އާއި ފާޠިމަތު ސަމީރާއަށްވެސް އެނގެއެވެ. ނަމަވެސް މުޙައްމަދު ޢިނާނުއަށް ތަންޙަވާލުކޮށ އެތަން ބޭނުން ކުރަން ފެށިތާ 3 މަސް ދުވަސް ނުވަނީސް ޢިމާރާތުގެ ވެރިފަރާތް ކަމުގައިވާ މުޙައްމަދު ސަމީރު އަދި ފާޠިމަތު ސަމީރާގެ ފަރާތުން އެތަން ހުސް ކުރުމަށް އަންގައި އެތަނުގައި މުޙައްމަދު ޢިނާން ބައިތިއްބާފައިވާ ފަރާތްތައް އެތަނުން ނެރުމަށް އެކިއެކި އުދަގޫކޮށް ޔުޓިލިޓީ ބައެއް ޚިދުމަތްތަކަށް ދަތި ކުރަން ފެށިއެވެ.
5އެހެންވެ މުޙައްމަދު ޢިނާނުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެއީ މުޙައްމަދު ނަޡީމް އާއި މުޙައްމަދު ޢިނާން އާ ދެމެދު ވެފައިވާ ސަބްޓެނެންސީއަށ އިޚްތިރާމް ކުރުމަށް އަމުރުކޮށް ދިނުމަށެވެ. ސިވިލް ކޯޓަށް މުޙައްމަދު ޢިނާން ހުށަހެޅި މައްސަލަ އެކޯޓުގެ ނަންބަރު C/2017-Cv/1564 ޤަޟިއްޔާއިން ބަލައިގަނެ، އެ ޤަޟިއްޔާގެ ތެރެއިން ނަންބަރު:CR3/VA/2017/05-B3 (01 ޖޫން 2017) ވަގުތީ އަމުރު ސިވިލް ކޯޓުން ނެރުނެވެ.
6އެ އަމުރުގއަ މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1564 ޤަޟިއްޔާގައި ޝަރީޢަތުން ވަކިގޮތެ އ ކަނޑައަޅަންދެން ނުވަތް ފައިޞަލާކުރަނިވި ޙުކުމެއް ކ ރުމުގެ ކުރިނު މުޙައްމަދު ޢނާނި އަށް ކުއްޔަށް ދީފައިވާ […] އެވެ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ ދެވަނަ ފަންގިފިލާގެ 2 ކޮޓަރީގެ އެޕާޓްމަންޓް ހުސްކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށާއި، އަދި އެޕާޓްމަންޓުގައި ބޭނުންކުރަމުންދާ ޔުޓިލިޓީ ޚިދުމަތްތައް ކަނޑާނުލުމަށް ފޠާމތ ސަމީރު އާއާ މުޙައަ މަދް ސަމީރާއާއި މުޙައްމަދު ނަޡީ މ ޢަލީއަށާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށާއި ޔުޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކަށް އަންގައި އަމުރުކޮށްފައެވެ. ޢިމާރާތުގެ ވެރިފަރާތުން މުޙައްމަދު ނަޡީމްގެ މައްޗަށް ދަޢުވާ ކުރުން:
7މުޙައްމަދު ޢިނާނުގެ ފަރާތުން އިޝާރާތްކުރެވުނު ގޮތަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަ ޅާފައިވަނިކޮށް މުޙައްމަދު ސަމީރު އާއި ފާޠިމަތު ސަމީރާގެ ފަރާތުން މުޙައްމަދު ނަޠީމް ޢަލީގެ މައްޗަށް 23 ޖުލައި 2017 ގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެމައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު:C/2017-Cv/1927 ޤަޟިއްޔާ އިންނެވެ. މިއީ އިސްތިއުނާފ ކުރެވިގެން މިހާރު ބަލަމުންދާ މައްސަލައެވެ. މިޤަޟިއްޔާ ދަށު ކޯޓުން ބެލިއިރު، މުޙައްމަދު ޢިނާން އެމައްސަލައިގެ ބައިވެރިއެއްގެ ގޮތުގައި ހިމާނފައެއް ނެތެވެ.
8މުޙައްމަދު ސަމީރު އާއި ފާޠިމަތު ސަމީރާގެ ފަރާތުން ހުށަހެޅި މައްސަލައިގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ، […] އެވެ ކިޔާ ގޯތީގައި ހަދާފައިވާ 02 ކޮޓަރީގެ 2 އެޕާރޓްމަންޓާއި، ބިންމަތީގައި ހަދާފައިވާ ގުދަންބަޔާއ އަދި އެގޭގައި ހަދާފައިވާ އެންމެހައި ތަންތަން ކުއްޔަށް ދިނުމަށް މުޙައްމަދު ނަޡީމް އާއި، ޢިމާރާތުގެ ވެރިފަރާތްތައް ކަމަށްވާ މުޙައްމަދު ސަމީރު އަދި ފާޠިމަތު ސަމީރު އާ ދެމެދާ ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކުލި ދެމުން ނުގެންދާކަމަށެވެ. އެކަމުގެ ސަބަބުން މުޙައްމަދު ނަޠީމް ތަކުރާރުކށޮ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށެވެ. އަދި 2017 ޖޫން މަހުގެ ކުލި ޙަވާލުކުރަންޖެހޭ މުއްދަތު ފާއިތުވެގާ ނ ދިޔައިރު ކުލި ޙަވާލުކޮށްފައި ނުވާ ކަމަށެވެ. ހަމައެހެންމެ، އެއްބަސްވުމުގައިވާ ގޮތަށް އިތުރު ފަންގިފިލާއެއް ހަދައި، އެތަނަށް ދޭންޖެހޭ ކުލި އެއްވެސް މިންވަރަކަށް ލިބިފައިނުވާ ކަމަށެވެ. ވީމާ، އެއްބަސްވުމުގެ ދަށުން . CR3/VA/2017/05-B 3 ވަގުތީ އަމުރު (01 ޖޫން 2017) ޙވާލުކޮށްފައިވަ 02 ފަންގިފިލާ އަނބުރާ ގޭ ވެރިފަރާތްތަކަށް ލިބިދިނުމާއިއެކު މިހާތަނަށް ލިބެންޖެހޭ ފައިސާ މުޙައްމަދު ނަޠީމް ޢަލީ އަތުން އެކީ އެއްފަހަރާ ނަގައިދިނުމަށް އެދޭ ކަމަށެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:
9ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1927 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ، 01 ޖުލައި 2016 އިން 01 އޮގަސްޓް 2022 ގެ ނިޔަލަށް […] އެވެ ކިޔާ ގޯތީގައި ހަދާފައިވާ 02 ކޮޓަރީގެ 2 އެޕާރޓްމަންޓާއި، ބިންމަތީގައި ހަދާފައިވާ ގުދަނުބަޔާއ އަދި އެގޭގައި ހަދާފައިވާ އެންމެހައި ތަންތަން ކުއްޔަށްދިނުމަށް […] / މާލެ، މުޙައްމަދު ނާޡީމް ޢަލީ (އައިޑީ އާއި، އެގޭގެ ވެރިފަރާތްތައް ކަމަށްވާ […] ބަހާރު، މާލެ މުޙައްމަދު ސަމީރު (އައިޑީ އާއި […] / ފާޠިމަތު ސަމީރާ (އައިޑީ އާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކުލި ދެމުންނުދިއުމުގެ ސަބަބުން، މުޙައްމަދު ނަޡީމް ޢަލީ ތަކުރާރުކޮށް އެއްބަސްވުމާ ޚިލާފުވެފައިވާތީ އާއި، 2017 ޖޫން މަހުގެ ކުލި ހަވާލުކުރަންޖެހޭ މުއްދަތު ފާއިތުވެގެން ދިޔައިރު ކުލި ހަވާލުކޮށްފައިނުވާތީ އާއި، އެއްބަސްވުމުގައިވާ ގޮތަށް އިތުރު ފަންގިފިލާއެއް ހަދައި، އެތަނަށް ދޭންޖެހޭ ކުލި އެއްވެސް މިންވަރަކަށް ލިބިފައިނުވާތީ، އެއްބަސްވުމުގެ ދަށުން ޙަވާލުކޮށްފައިވާ 02 ފަންގިފިލާ އަނބުރާ ގޭ ވެރިފަރާތްތަކަށް ލިބިދިނުމަށާއި، މިހާތަނަށް ލިބެންޖެހޭ ފައިސާ މުޙައްމަދު ނަޡީމް ޢަލީގެ އަތުން އެކީ އެއްފަހަރާ ނަގައިދިނުމަށް އެދި މުޙައްމަދު ސަމީރު އާއި، ފާޠިމަތު ސަމީރު ހުށަހަޅާފައިވާ މިދަޢުވާއަށް ދަޢުވާލިބޭ ފަރާތުން އިޢުތިރާފުވެ، 07 ޖުލައި 2016 ގައި މުޙައްމަދު ސަމީރު އާއި […] / ފާޠިމަތު ސަމީރާ (އައިޑީ އާއި […] / މާލެ، މުޙައްމަދު ނާޡީމް ޢަލީ (އައިޑީ އާ ދެމެދު […] އެވެ ކިޔާ ގޯތީގައި ހަދާފައިވާ 2 ރޫމްގެ 2 އެޕާޓްމަންޓާއި ބިންމަތީގައި ހަދާފައިވާ ގުދަނާއި މޫސުމްބަހާރު ގޭގައި ހަދާފައިވާ އެންމެހާ ތަންތަން ކުއްޔަށް ދިނުމަށް ވެވުނު އެއްބަސްވުން މިއަދުން ފެށިގެން ބާޠިލްވެއްޖެކަމާއި، 2017 ސެޕްޓެމްބަރ މަހުގެ ނިޔަލަށް ފުރަތަމަ ފަންގިފިލާ އާއި، ދެވަނަ ފަންގިފިލާ ހުސްކޮށް މުޙައްމަދު ސަމީރު އާއި، ފާޠިމަތު ސަމީރު އާ ޙަވާލުކުރުމަށާއި، ދެންނެވުނު އެއްބަސްވުމުގެ ދަށުން މިހާހިސާބަށް ލިބެންޖެހި ނުލިބިވާ -/130,765ރ. (އެއްލައްކަ ތިރީސްހާސް ހަތްސަތޭކަ ފަސްދޮޅަސްފަސް ރުފިޔާ) މިއަދުން ފެށިގެން މީލާދީ ކޮންމީ މަހަކު -/000،10ރ. (ދިހަހާސް ރުފިޔާ) އަށްވުރެ މަދުނޫން ޢަދަދެއް ދައްކާ މިފައިސާ ޚަލާޞް ކުރާށާއި، ފުރަތަމަ ފަންގިފިލާ އާއި، ދެވަނަ ފަންފިލާ ހުސްކޮށް މުޙައްމަދު ސަމީރު އާއި، ފާޠިމަތު ސަމީރު އާ ޙަވާލުކުރާ ދުވަހާއި ހަމައަށް ކުއްޔާއި، ކަރަންޓާއި ފެން އަދި މިނޫންވެސް ބޭނުންކޮށްފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާއެއްވާނަމަ އެފައިސާ ދެއްކުމަށާއި، ތިންވަނަ ފަންގިފިލަ 01 އޯގަސްޓް 2022 ގެ ނިޔަލަށް ހުސްކޮށް ޙަވާލުކުރަންދެން މީލާދީ ކޮންމެ މަހަކު -/550،5ރ. (ފަސްހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) ކުލީގެ ގޮތުގައި މުޙައްމަދު ސަމީރު އާއި، ފާޠިމަތު ސަމީރާއަށ ދިނުމަށް މުޙައްމަދް ނަޡީމް ޢަލީ އެއްބަސްވެ، ދަޢުވާކުރާ ފަރާތާއި، ދަޢުވާލިބޭ ފަރާތުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިވާތީ، ދެފަރާތުގެ ދެމެދުގައި މިމައްސަލާގައި އެއްބަސްވި ގޮތުގެ މަތިން 07 ޖުލައި 2016 ގައި މުޙައްމަދު ސަމީރު އާއި […] / ފާޠިމަތު ސަމީރާ (އައިޑީ އާއި […] / މާލެ، މުޙައްމަދު ނާޡީމް ޢަލީ (އައިޑީ އާ ދެމެދު […] އެވެ ކިޔާ ގޯތީގައި ހަދާފައިވާ 2 ރ މްގެ 2 އެޕާރޓްމަންޓާއި ބިންމަތީގައި ހަދާފައިވާ ގުދަނާއި މޫސުމްބަހާރު ގޭގައި ހަދާފައިވާ އެންމެހާ ތަންތަން ކުއްޔަށްދިނުމަށް ވެވުނު އެއްބަސްވުމުން މިއަދުން ފެށިގެން ބާޠިލްވެއްޖެކަމަށް ކަނޑައަޅައި، މުޙައްމަދު ސަމީރު އާއި، ފާޠިމަތު ސަމީރާއަށް 71 އޮގަސްޓް 2017 ވަނަ ދުވަހާއި ހަމައަށް ކުލީގެ ގޮތުގައި ލިބެންޖެހޭ -/765،130ރ. (އެއްލައްކަ ތިރީސްހާސް ހަތްސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) ލިބިދިނުމުގެ ގޮތުން މިއަދުން ފެށިގެން މީލާދީ ކޮންމެ މަހަކު -/10,000ރ. (ދިހަހާސް ރުފިޔާ) އަށްވުރެ މަދުނޫން ޢަދަދެއް ސިވިލް ކޯޓަށް ދައްކާ މިފައިސާ ޚަލާޞްކުރުމަށް މުޙައްމަދު ނަޡީމް ޢަލީއަށް އަންގައި، […] އެވެ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ ފުރަތަމަ ފަންގިފިލާ އާއި، ދެވަނަ ފަންގިފިލާ ދަޢުވާލިބޭ މުޙައްމަދު ނަޡީމް ޢަލީގެ ހުރިނަމަ ހުރި އެއްޗެއް ހުސްކޮށް ސެޕްޓެމްބަރ 2017 ވަނަ ދުވަހުގެ ނިޔަލަށް މުޙައްމަދު ސަމީރު އާއި، ފާޠިމަތު ސަމީރާ ޙަވާލުކުރުމަށް މުޙައްމަދު ނަޡީމް ޢަލީއަށް އަންގައި، […] އެވެ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ ފުރަތަމަ ފަންގިފިލާ އާއި، ދެވަނަ ފަންގިފިލާ ހުސްކޮށް މުޙައްމަދު ސަމީރުއާއި، ފާޠިމަތު ސަމީރު އާ ޙަވާލުކުރާ ދުވަހާއިހަމައަށް ކުއްޔާއި ކަރަންޓާއި، ފެނާއި، އަދިމިނޫންވެސް ބޭނުންކޮށްފައިވާ ޚިދުމަތްތަކަށް ފައިސާ ދައްކަންހުރިނަމަ ދެއްކުމަށް މުޙައްމަދު ނަޡީމް ޢަލީ އަށް އަންގައި، ތިންވަނަ ފަންގިފިލާ 01 އޯގަސްޓް 2022 ގެ ނިޔަލަށް ހުސްކޮށް މުޙައްމަދު ސަމީރު އާއި، ފާޠިމަތު ސަމީރު އާ ޙަވާލުކުރަންދެން މީލާދީ ކޮންމެ މަހަކު -/550،5ރ. (ފަސްހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) ކުލީގެ ގޮތުގައި މުޙައްމަދު ސަމީރު އާއި، ފާޠިމަތު ސަމީރާއަށ ދިނުމަށް މުޙައްމަދް ނަޡީމް ޢަލީއަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންކަން އެޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1927 ގެ ނިންމުން ބިނާކޮށްފައިވާ މައިގަނޑު ސަބަބުތައް:
10މުޙައްމަދު ސަމީރު އާއި ފާޠިމަތު ސަމީރާ ކުޅަ ދަޢުވާ އެކޯޓުން ނިންމާފައިވަނީ އެދަޢުވާއަށް މުޙައްމަދު ނަޡމީ އިޢުތިރާފުވެފައިވާތީ، އެކަމުގެ މައްޗަށް ބިނާކޮށް ދެފަރާތުން ޞުލްޙވެފައިވާ ގޮތުގެ މައްޗަށެވެ. މިތިން މީހުންގެ މެދުގައި ސުލްޙވެފައިވަނީ؛
1.10 07 ޖުލައި 2016 ގައި މުޙައްމަދު ސަމީރު އާއި ފާޠިމަތު ސަމީރާއާއި މުޙައްމަދު ނަޠީމް އާ ދެމެދު […] ކިޔާ ގޯތީގައި ހަދާފައިވާ 2 ރޫމްގެ 2 އެޕާރޓްމަންޓްއާއި ބިންމަތީގައި ހަދާފައިވާ ގުދަނާއި މޫސުމްބަހާރުގޭގައި ހަދާފައިވާ އެންމެހާ ތަންތަން ކުއްޔަށް ދިނުމަށް ވެވުނި އަޞްލު އެއްބަސްވުން )head tenancy( ބާޠިލްވެފައިވާ ކަމަށް.
2.10 2017 ސެޕްޓެންބަރު މަހުގެ ނިޔަލަށް ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާ ހުސްކޮށް މުޙައްމަދު ސމީރ އާއު ފާޠިމަތު ސަމީރާއާއި ޙަ ވާލުކުރުމަށ، އަދި ޙަވާލުކުރާ ދުވހަ ހަމައަށް ހުރި ފެން ބިލް ކަރަންޓް ބިލް އަދި މިނޫންވެސް ބޭނުންކޮށްފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާއެއްވާނަމަ އެފައިސާ ދެއްކުމަށް.
3.10 އެއްބަސްވުމުގެ ދަށުން ލިބެންޖެހި ނުލިބިވާ -/765،130ރ. (އެއްލައްކަ ތރީސްހާސި ހަތްސަތޭކަ ފަސްދޮޅަސފަސް ރުފިޔާ) ކޮންމެ މަހަކް -/000،10ރ. (ދިހަހާސް ރުފިޔާ) އަށްވުރެ މަދުނޫން ޢަދަދެއް ދައްކާ މިފައިސާ ޚަލާޞްކުރުމަށް.
4.10 ތިންވަނަ ފަންގިފިލާ 01 އޯގަސްޓް 2022 ގެ ނިޔަލަށް ހުސްކޮށް ޙވާލުކުރަންދެން ކޮންމަ މަހަކު -/550،5ރ. (ފަސްހާސް ފަސްސަތޭކަ ފަނސާސްރުފިޔާ) ކުލީގެ ގޮތުގައި މުޙއްމަދަ ސަމީރުއަށާއި ފާޠިމަތު ސަމީރާއަށް ދިނުމަށް. މިފަދައިންނެވެ.
11ސިވިލް ކޯޓުގެ ނަންބަރު : C/2017-Cv/1927 ޤަޟިއްޔާ، 17 އގަސްޓޯ 2019 ގައި ދަޢުވާކުރާ މުޙައްމަދާ ސަމީރު އަދި ފާޠިމަތު ސަމިރ އާއާ ދަޢުވި ލިބާ މުޙައްމަދު ނަޡީމް އާ ޞުލްޙަވެ ދެފަރާތް އެއްބަސްވެގެން މައްސަލަ ނިންމިއިރު، މުޙައްމަދު ޢިނާން ސިވިލް ކޯޓަށް ހުށަހަޅައިގެން ބަލަމުންދިޔަ އެކޯޓުގެ ނަންބަރު: C/2017-Cv/1564 ޤަޟިއްޔާ އެކޯޓުގައި ހިނގަހިނގާ އޮތެވެ. އަދި އެޤަޟިއްޔާގެ ދަށުން 01 ޖޫން 2017 ގައި އެކޯޓުން ނެރެފައިވާ ނަންބަރު: CR3/VA/2017/05-B3 "ވަގުތީ އަމުރު" އެ ގޮތުގައި ދެމި އޮތެވެ.
12މުޙައްމަދު ޢިނާނުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1927 ޤަޟިއްޔާ އިސްތިއުނާފުކޮށްފައި މިވަނީ ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1564 ޤަޟިއްޔާއިން ނެރެފައިވާ ނަންބަރު CR3/VA/2017/05-B3 ވަގުތީ އަމުރު ދެމިއޮއްވައި އެއަމުރަށް ރިޢާޔަތްކުރުމެއްނެތި ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1927 ޤަޟިއްޔާ ނިންމާފައިވާތީއެވެ. އިސްތިއުނާފީ ނުކުތާތައް:
13ސިވިލ ކޯޓުގް ނަންބަރު : C/2017-Cv/1927 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، ގއ.ގެމަނަފުށި ނޫކޮކާގެ / މުޙައްމަދު ޢިނާނގެ ފަރާތުނު ތިރީގައިވާ ނުކުތީ ތަށް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މގޮތުނި ހުށަހަޅާފައިވާ ނުކުތާތަކާ ކ:
1.13 ސިވިލް ކޯޓުގެ ނަންބަރު : C/2017-Cv/1927 ޤަޟިއްޔާއިން މައްސަލަ ހިންގުވައި ދެފަރާތުން ޞުލްޙަވެ، ޝަރީޢަތަށް އޮޅުވާލައިގެން މައްސަލައިގައި ޙުކުމެއް ކުރުވާފައިވަނީ، ކޯޓުގެ ޙުރުމަތް ކެނޑޭގޮތަށް )Court of Contempt( ޢަމަލަކުން ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1564 ޤަޟިއްޔާގެ ވަގުތީ އަމުރާ (ނަންބަރު: CR3/VA/2017/05-B3) ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2.13 ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1927 ޤަޟިއްޔާގައި، ޙުކުމަށް ވާޞިލވެފައިވަނު ޑިސްޕިއުޓް ރިޒޮލިއުޝަނުގައި މައްސަލައިގެ ޚަޞްމުން އެއްބަސްވި ގޮތުގެ މައްޗަށް ކަމަށްވެފައި މައްސަލައިގައި ތިންވަނަ ފަރާތެއްގެ ސީދާ މަޞްލަޙަތު ހިމެނޭކަން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުންނާއި ލިޔުންތަކުން އެނގެން އޮތްއިރު، އެޙުކުމް ކުރައްވާފައިވަނީ ތިންވަނަ ފަރާތުގެ ބަހެއް ހޯދުމަކާނުލައި، އެފަރާތުގެ ޙައްޤު ގެއްލޭ ގޮތަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
3.13 ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1927 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނ ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ނ) އާއި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 38 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ބަލައިގަނެ އިސްތިޤްރާރުވެފައިވާ Judicata Res (ކަނޑައެޅުނު ޙުކުމުގެ ބާރު) މަބްދއަ އާއު ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:
14އިސްތިއުނާފު ކުރާ ފަރާތުން މިމައްސަލައިގައި ފުރަތަމަ އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1927 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއް ކަމުގައި ކަނޑައަޅުއްވައި ދެއްވައި އަދި […] އެވެކިޔާ ގޭގެ 2 ވަނަ ފަންގިފިލާގައިވާ 2 ކޮޓަރީގެ އެޕާރޓްމަންޓް ދިގު މުއްދަތަށް މުޙައްމަދު ޢނާނިއަށް ކުއްޔަށްދިނުމަށް 14 އޮކްޓބަރޫ 2014މ. ދުވަހު ވެފައި ވާ އެއްބަސްވުމަށް ޢަމަލު ކުރުމަށް އެންމެހާ ފަރާތްތަކަށް އަމުރުކޮށްދިނުމާއިއެކު މިމައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން، ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1927 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުން ފަސްކުރަން ސިވިލް ކޯޓަށް އަންގައި ދެއްވައި ވަގުތީ އަމުރެއް ނެރަ ދިނުމަށެވެ.
15ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1927 ޤަޟިއްޔާގެ ޙުކުމް މޯލްޑިވްސް ޕޮލިސް ސަރވިސް އިން 13 މާރިޗު 2018 ގައި ތަންފީޛުކޮށްފައިވެއެވެ. އިސްތިއުނާފު ކުރެވިފައިވާ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ 03 އގަސްޓޯ 2018 ގައެވެ. އެހެންކަމުން، އެޙުކުމް ތަންފީޛު ކުރުން ފަސްކުރަން މިކޯޓުން ވަގުތީ އަމުރެއް ނެރެމުގެ ބޭނުމެއްނެތެވެ.
16އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާ ގޮތް ބަދަލުކޮށް، ހަމައެކަނި ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1927 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދިފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފާޠިމަތު ސަމީރު އާއާ މުޙައްމަދު ސަމީރުގެ ފަރާތުން ދެއްކި ވާހަކަ އަދި އެދިފައިވާ ގޮތް:
17ފާޠިމަތު ސަމީ ރ އާއާ މުޙައްމަދު ސަމީރުގެ ފަރާތުން މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައވަނީ ސިވިލް ކޯޓުގި ނަންބަރު: C/2017-Cv/1927 ޤަޟިއްޔާ ހުށަހެޅިއިރު، ޢިމާރާތގު 2 ވަނަ ފަންގިފިލާ އިސްތިއުނާފކުރު ފަރާތް ކުއްޔަށް ހިފާފައިވާކަން ބަޔާންކޮށްފައިވާނެ ކަމަށާއި އަދި އެފަންގިފިލާއަކީ ދިގު މއްދަތަކަށު އިސްތިއުނާފުކުރާ ފަރާތަށް ކުއްޔަށް ދީފައިވާ ތަނެއްކަން ބަޔާންކޮށް 2 ވަނަ ފަންގިފިލާއާ ގުޅުން ހުރި މައްސަލައެއް ސިވިލް ކޯޓުގައި ހިނގަމުންދާ ކަމަށް މއްސަލ ހުށަހެޅަ ފޯމުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.
18އިސްތިއުނާފު ކުރާ މުޙައްމަދު ޢނާނ އާއް އިސްތިއުނާފި ރައްދުވު ފަރާތްތަކާއި ދެމެދު އެއް ވެސް އެއްބަސްވުމެއް ވެފައި ނުވާނެކަމަށެވެ. ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1927 ޤަޟިއްޔާގެ ޙުކުމް ކޮށްފައިވަނީ 17 އޮގަސްޓް 2017 ގައި ކަމަށެވެ. އެމައްސަލައިގެ ތަންފީޛު ފެށުމުގެ ކުރިން އެޤަޟިއްޔާ އިސްތިއުނާފު ކޮށްފައިވޭތޯ ބެލިކަމަށާއި ނަމަވެސް އޭރު އެޤަޟިއްޔާ އިސްތިއުނާފުކޮށްފައި ނެތްކަމަށެވެ. މޯލްޑީވްސް ޕޮލިސް ސަރވިސްގެ ޙަވާލާދޭނެ ނަންބަރެއް އަދި ތާރީޚެއް ނެތް "ސިވިލ ކޯޓުގް އަމުރެ ތަންފީޒު ކުރިކަމުގެ ލިޔުން".
19އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1927 ޤަޟިއްޔާގެ ޙުކުމަކީ އިސްތިއުނާފުކުރާ ފަރާތުން ތަންފީޛު ކޮށްފައިވާ ޙުކުމެއް ކަމަށާއި އަދި ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1927 ޤަޟިއްޔާގެ ޙުކުމް ކޮށް ފައިވަނީ ޝރުޢަ އަދި ޤާނޫނީ އޞު ލުތަކޫ އެއްގޮތްވާ ގޮތަށްކަމަށްވާތީ، އެޙުކުމް ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްދެއްވުމަށެވެ.
20ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1927 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މުޙައްމަދު ޢިނާނގެ ފަރާތުން ހުށަހަޅާފައިވާ ނުކތާތު ކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ. ޝަރީޢަތަށް އޮޅުވާލައިގެން މައްސަލައިގައި ޙުކުމެއް ކޮށްފައިވާކަމަށް ބުނާބުނުން:
21ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1927 ޤަޟިއްޔާއިން މައްސަލަ ހިންގުވައި ދެފަރާތުން ސުލްޙަވެ، ޝަރީޢަތަށް އޮޅުވާލައިގެން މައްސަލައިގައި ޙުކުމެއް ކުރުވާފައިވަނީ، ކޯޓުގެ ޙުރުމަތް ކެނޑފަދޭ )Contempt of Court( ޢަމަލަކުން ސިވިލް ކޯޓުގެ ނަންބަރު : C2017-Cv/1546 ޤަޟިއްޔާގެ ވަގުތީ އަމުރާ ޚިލާފަށް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
22މިނުކުތާއަށް ބަލާއިރު، ޙަވާލާދޭ ވަގުތީ އަމުރު ސިވިލް ކޯޓުން ނެރެފައި ވެއެވެ. އެއަމުރު ރައްދުވާ ފަރާތްތަކުގެ ގޮތުގައި ބަޔާނކޮށްފައިވަނީ "( 1) ފާޠިމަތު ސަމީރާ، […] /މާލެ، )(، (2) މުޙައްމަދު ނަންބަރު:CR3/VA/2017/05-B3 (01 ޖޫން 2017) "ވަގުތީ އަމުރު". ސަމީރު، […] /މާލެ )(، މުޙައްމަދު ނަޡީމް.މ.އަރީޖް/މާލެ، )(" އެވެ. މީގެ އިތުރުން އެއަމުރުގައި ބަޔާންކޮށްފައި ވެއެވެ؛ "...ސިވިލ ކޯޓުގް ނަންބަރު C/2017-Cv/1564 ޤަޟިއްޔާގައި ޝަރޢަތުނީ ވަކިގޮތެއް ކަނޑައަޅަންދެން ނުވަތަ ފައިޞަލާކުރަނިވި ޙުކުމެއް ކުރުމުގެ ކުރިން ގއ.ގެމަނަފުށި/ނޫކޮކާގެ މުޙައްމަދު ޢިނާން އާއި ދެމެދު […] އެވެކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ ދެވަނަ ފަންގިފިލާ ގ 2 (ދޭއް) ކޮޓަރީގެ އެޕާޓްމަންޓް ކުއްޔަށާ ދިނުމާއި ގުޅޭ ގޮތުން 14 އޮކްޓބަރޫ 2016 ގައި ވެފައިވާ ސަބްލީސް އެއްބަސްވުމަށް އިޚްތިރާމްކުރުމަށާއި، ކުއްޔަށް ދީފައިވާ އެޕާޓްމަންޓު ހުސްކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށާއި، އަދި އެޕާޓމަންޓުގައް ބޭނުންކުރަމުންދާ ޔުޓިލިޓީ ޚިދުމަތްތައް ކަނޑާނުލުމަށް […] ފާޠިމަތު ސަމީރާއާއި މުޙައްމަދު ސަމީރާއި […] މުޙައްމަދް ނަޡީމް އަށާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށާއި ޔުޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކަށް އަންގައި އަމުރުކޮށްފީމެވެ." މިފަދައިންނެވެ. މުޙައްމަދު ސަމީރު އާއި ފާޠިމަތު ސަމީރާ ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅިއިރު، ބަޔާންވެދިޔަ ސިވިލް ކޯޓުގެ ވަގުތީ އަމުރު ނެރެފައި އޮތްކަން އެދެމީހުންނަށް އެނގޭނެކަން އެނގެއެވެ. ސަބަބަކީ، ބަޔާންވެދިޔަ އަމުރަކީ 01 ޖޫން 2017 ގައި ނެރެފައިވާ އަމުރެއްކަން އެނގޭއިރު، ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1927 ޤަޟިއްޔާއިން ބެލި ދަޢުވާގެ ފޯމު ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ އޭގެފަހުން 03 ޖުލައި 2017 ގައިކަން އެފޯމުން އނެ ގެން އޮތުމުންނެވެ. އަދި އިސްތިއުނާފ ރައްދުވު މުޙައްމަދު ނަޡީމްއަށްވެސް ބަޔާންވެދިޔަ އަމުރު އެގޮތަށް ނެރެފައިވާކަން އެނގޭނެކަން އެނގެއެވެ. ސަބަބަކީ މުޙައްމަދު ނަޡީމްއަކީ ބަޔާންވެދިޔަ ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1927 ޤަޟިއްޔާގައި ދަޢުވާ ރައްދު ކުރެވުނު ފަރާތެވެ. އެޤަޟިއްޔާގައި އިސްތިއުނާފުކުރ މުޙައްމަދާ ޢިނާން ހިމެނިފައެއް ނެތެވެ.
23ޕްރިސިޑެންސް 1މުޙައްމަދު ސަމީރު އާއި ފާޠިމަތު ސަމީރާ ސިވިލް ކޯޓަށް ދަޢުވާ ފޯމު ހުށަހެޅިއިރު، ސިވިލް ކޯޓުގެ ނަންބަރު: 7C/201-Cv/1564 ޤަޟިއްޔާ ހިނގަމުންދކަމުގާ މަޢުލޫމާތު އެ ފޯމުގައި ބަޔާންކޮށްފައި އެބައޮތެވެ. ނަމަވެސަ ސިވިލް ކޯޓުގް ނަންބަރު: 7C/201-Cv/1564 ޤަޟިއްޔާ އާއި ގުޅިގެން އެކޯޓުގެ ނަންބަރު: CR3/VA/2017/05-B3 ވަގުތީ އަމުރު 01 ޖޫން 2017 ގައި ނެރެފައިވާކަން ބަޔާންކޮށްފައެއް ނެތެވެ. މުޙައްމަދު ސަމީރު އާއި ފާޠިމަތު ސަމީރާގެ ފަރާތުން ބަޔާންވެދިޔަ ދަޢުވާ ފޯމް ކޯޓަށް ހުށަހަޅާފައިވަނީ ޤާނޫނީ ވަކީލަކު މެދުވެރި ކޮށެވެ. ވީމާ، ސިވިލް ކޯޓުގެ ބަޔާންވެދިޔަ އަމުރު ނެރެފއިވާކަނަ ދަޢުވާ ފޯމުގައި ބަޔާންނުކޮށް އޮތީ، މުޙައްމަދު ސަމީރު އާއި ފާޠިމަތު ސަމީރާގެ ފަރާތުން އެމަޢުލޫމާތު ޤާނޫނީ ވަކީލަށް ފޯރުކޮށް ނުދީ އޮތުމުގެ ސަބަބުންތޯ ނުވަތަ އެއަ އެއަމުރު ނެރެފައިވާކަން އެނގިތިބެ ކޯޓަށް އޮޅުވާލުމުގެ ނިޔަތުގައި މަޢުލޫމާތު ވަންހަނ ކުރާ ކުރުމެއްތޯ ނުވަތަ އެނޫން ނިޔަތެއްގައި ކުރިކަމެއްތޯ ބަލައި ތަޙްޤީޤު ކުރުމަކީ މިކޯޓުގެ ދައުރެއް ކަމަކަށް ނުދެކެމެވެ. ނަމަވެސް ޤާނޫނީ ވަކީލަކު ބައިވެރިވާ މައްސަލައެއް ކޯޓށަ ހުށަހެޅުމުގައި މިފަދަ އަސާސީ މަޢުލޫމާތެއް ކޯޓަށް ޙިއްޞަކޮށްފައި ވާކަން ފެންނަން ނެތުމަކީ ކަންބޮޑުވާންޖެހޭ އަދި ޖާއިޒު ސުވާލެއް އުފެދޭ ކަމެވެ. ޤާނޫނީ ވަކީލުންގެ މަސައްކަތަކީވެސ ޢަދުލް އިންޞާފު ނެގެހެއްޓުމަށް ކުރާ މަސައްކަތްތަކެކެވެ. ޤާނޫނީ ވަކީލުންގެ ދައުރަކީ ކޮންމެ ގޮތަކުންވެސް އޭނާގެ މުވައްކިލުގެ ކޮޅަށް މައްސަލަ ކާމިޔާބު ކޮށްދިނުން ކަމަށް ދެކިގެން ނުވާނެއެވެ.
24ޕްރިސިޑެންސް 2ހަމައެއާއެކު، ފާހަގަ ކުރަންޖެހޭ އަނެއާކަމަކީ، ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1927 ޤަޟިއްޔއިނާ ބެލި މައްސަލަ ހުށަހެޅި ފޯމަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބަޔާނކޮށްފައިވް ފަދައިން 8 7 "ގުޅުން ހުރް މައްސަލަތައް" މިސުރުޚީގެ ދަށުގައި ޤަޟިއްޔާ ނަންބަރު: C/2016-Cv/1564 ޖަހައި، ހުށަހެޅި ތާރީޚް ކަމުގައި 25 މެއި 2017 ބަޔާންކޮށްފައި ވެއެވެ. އަދި ނިމުނު ތާރީޚް ލިޔަން އޮތްތަނގައު "ހިނގަމުންދަނީ )CR1-B3(" މިހެން ބަޔާންކޮށްފައި ވެއެވެ. މީގެ އިތުރުން، "ޑޮކިއުމެންޓް 3" ގެ ގޮތުގައި "ގުޅުންހުރި މައްސަލަތައް" މިސުރުޚީގެ ތަފްސީލުގައި އެފޯމުގައި ބަޔާންކޮށްފައިވަނީ " ކުރިން މިމައްސަލަ ނުވަތަ މިމައްސަލައާއި ގުޅުން ހުރި މައްސަލައެއް ނުވަތަ މިމައްސަލައިގައި ހިމެނޭ ނުކުތާތައް ނުވަތަ ނުކުތާއެއް ހިމެނިގެން ހުށަހަޅާފައިވާ މައްސަލައެއް ވާނަމަ ތިރީގައިވާ ބައި ފުރިހަމަ ކުރަންވާނެއެވެ." މިފަދައިންނެވެ. ސިވިލް ކޯޓުގެ ނަންބަރު CR3/VA/2017/05-B3 ވަގުތީ އަމުރުގައި ބަޔާންކުރަނީ ނަންބަރ 1720/C-vC/1564 އެވެ. އެހެންކަމުން ފމުގައޯ 2016/C-vC/1564 ބަޔާންކުރެވިފައި ވަނީ ލިޔުމުގެ އޮޅުމަކުންކަމަށް ބެލެވެއެވެ. "ދަޢުވާ ލިބޭ ފަރާތާއި ގއ.ގެމަނަފުށި/ ނޫކޮކާގެ މުޙައްމަދު ޢިނާނު އާ ދެމެދު ވެފައިވާ އެއްބަސްވުން (2 ވަނަ ފަންގިފިލާ ދިގުމުއްދަތަކަށް ކުއްޔަށް ދީފައިވާކަން ސާބިތުކޮށްދިނުމަށް)" ހުށަހަޅާފައިވެއެވެ. މިމަޢުލޫމާތުތައް މިހެން ބަޔާނކޮށްފައް އޮތުމުން ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1927 ޤަޟިއްޔާ ގައި ބެލުނު މައްސަލަ ހުށަހެޅި ފޯމުގައި އެކޯޓުގެ ނަންބަރު: CR3/VA/2017/05-B3 ވަގުތީ އަމުރު 01 ޖޫން 2017 ގައި ނެރެފައިވާކަން ސާފުކޮށް ބަޔާންކޮށްފައި ނެތްނަމަވެސް، އެމައްސަލައާ ގުޅުން ހުރި މައްސަލައެއް އެކޯޓުގައި ހިނގަމުންދާކަމުގެ މަޢުލޫމާތު ކޯޓާއި ޙިއްޞާކޮށްފައިވާކަން އެނގެއެވެ. އެހެންކަމުން، ގުޅުން ހުރިކަމަށް ބަޔާނާ ކުރާ މައްސަލައަކީ ކޮބައިތޯ އާއި އެމައްސަލައިގައި ކަންވެފައިވާ ގޮތަކީ ކޮބައިތޯ ކުޑަމިނުން ބަލައިލުމަކީ، ފަހުން ހުށަހެޅުނު މައްސަލަ ބަލަމުންދާ ޤަޟީއެއްގެ ޒިންމާއެއް ކަމުގައި ދެކެމެވެ. ވީމާ، މިމައްސަލައިގައި މަޢުލޫމާތު ދިނުމާއި މަޢުލޫމާތު ހޯދުމުގެ ޒިންމާވސ އޮތްކަން އެނގެއެވެ. މިސަބަބަށްޓަކައި މިމައްސަލައަކީ މުޠްލަޤަށް ޝަރީޢަތަށް އޮޅުވާލައިގެން ކުރިއަށް ގެންދިޔަ މައްސަލައެއްކަމަށް ނިންމޭނެ ތަނެއް އޮތްކަމަށް ނުދެކެމެވެ. ތިންވަނަ ފަރާތުގެ ބަހެއް ހޯދުމަކާއި ނުލައި އެފަރާތުގެ ޙައްޤު ގެއްލޭގޮތަށް މައްސަލަނިންމުން:
25ޕްރިސިޑެންސް 3ތިންވަނަ ފަރާތެއްގެ ޙައްޤު އެޚުޞޫމާތެއްގައި އެކުލެވޭ ޚުޞޫމާތެއް އެފަރާތަށް ޖަވާބުދާރީވުމުގެ ފުރުޞަތު ނެތްގޮތަކަށް ގެންދިއުމަކީ ޢަދުލު އިންޞާފުގެ ހަމައެއްކަމަށ ބަލައެއް ނުގަނެވެއެވެ. ޚާއްޞަކޮށް އެޙައްޤު އުފަން ކުރުވި ފަރާތްތަކުން، ތިންވަނަ ފަރާތުގެ ޙައްޤަށް އަސަރުކުރާގޮތަށް ތިންވަނަ ފަރާތަށް އެނގުމަކާއި ނުލައި އަމިއްލައަށް ގޮތް ނިންމައި ޞުލްޙަވެ އެކަމުގެ މައްޗަށް ދަށު ކޯޓުން ނިންމާ ނިންމުމަކީ އިސްތިއުނާފީ ކޯޓުން އެނިންމުން ބަދަލު ކުރުމުގެ ފުރުޞަތު ބޮޑު ނިންމުމެކެވެ. ޞުލްޙަ ވުމަކީ ހެޔޮ ގޮތެވެ. ނަމަވެސް ސުލްޙަ ވެވޭނީ ވަކި ހަމަތަކެއްގެ ތެރޭގައެވެ. އެހެންކަމުން، މުޙައްމަދު ސަމީރު އަދި ފާޠިމަތު ސަމީރާ އާއި މުޙައްމަދު ނަޡީމް އާ ދެމެދު ވެފައިވާ އަޞްލު އެއްބަސްވުމުގެ )head tenancy( ދަށުން ބާރު ލިބިގެން އަދި މުޙައްމަދު ސަމީރު އަދި ފާޠިމަތު ސަމީރު އާ ދެމީހުންގެ އެނގުމާއި ފެނުމުގެ ތެރެއިން، މުޙައްމަދު ނަޡީމް އާއި މުޙައްމަދު ޢިނާން އާ ދެމެދު ވެފައިވާ ފަރުޢީ އެއްބަސްވުމުގެ )subtanancy( ދަށުން އުފެދިގެން ދިޔަ ޙައްޤުތަކަށް ރިޢާޔަތް ކުރުމެއް ނެތި، މުޙައްމަދު ޢިނާންއަށް އނެ ގުމަކާއ ނުލައި މުޙައްމަދު ސަމީރު އަދި ފާޠިމަތު ސަމީރު އާއާ މުޙައްމަދު ނަޡީމް އާ ދެމެދު ވެފައިވާ ޞުލްޙައަކީ މިބައި މީހުންގެ މެދުގައި އޮތީ ޝަރުޠާއި ހިލާފަށްވެފައިވާ ޞުލްޙަ އެކެވެ. އެފަދަ ޞުލްޙައެއް ހެވެއް ނުވާނެއެވެ. ރާއްޖޭގެ ޤާނޫނުގައި ގޯއްޗާއި ގޯތީގައި ހަދާ ޢމާރާތި ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ތންވަނި ފަރާތުގަ މަޞްލަޙަތު އޮތީ ކިހިނެއް؟
26ޕްރިސިޑެންސް 4ގޯއްޗެއް ނުވަތަ ގޯތީގެ ބައެއް ނުވަތަ ގޯއްޗެއްގައި ހަދާފައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތުން ބައެއް ކުއްޔަށް ދެވި ދާނެކަން ޤާނޫނު ނަންބަރު:2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އެޤާނޫނުގެ ދަށުން ހަދާފައިވާ "ގޯއްޗާއި ގޯތީގައި ހަދާ އިމާރާތް ކުއްޔަށް ދިނުމާބެހޭ ޤވާޢަ ދ" އިން އެނގެއެވެ.
27ގޯއްޗާއި ގޯތީގެ ހަދާ ޢިމާރާތް ކުއްޔަށް ދިނުމުގައި އެއްބަސްވުމެއް އޮތުން ލާޒިމުކުރާ ދެޙުލަތެއް އޮވެއެވެ. ފުރަތަމަ ޙާލަތަކީ މުޅި ގޯތި ނުވަތަ ގޯތީގައި ކޮށްފައިވާ މުޅި ޢިމާރާތް ކުއްޔަށް ދިނުމެވެ. ދެވަނަ ޙާލަތަކީ ގޯއްޗެއްގެ ބައެއް ނުވަތަ ޢިމާރާތެއްގެ ބައެއް ކުއްޔަށް ދިނުމެވެ. ފުރަތަމަ ބަޔާންކުރި ޙާލަތުގައި ކޮންމެ މުއްދަތަކަށް ކުއްޔަށް ދިންކަމުގައިވިޔަސ ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް އޮންނަން ޖެހެއެވެ. ފަހުން މި ގޯއްޗެއް ކަމުގައި ބަޔާން ކޮށްފައި އެވަނީ އަމިއްލަ ގޯއްޗާއި ބަންޑާރަ ގޯތި ހިމެނޭ ގޮތަށެވެ. ޤާނޫނު ނަންބަރު:2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 27 ވަނަ މާއްދާ އަދި "ގޯއްޗާއި ގޯތީގައި ހަދާ އިމާރާތް ކުއްޔަށް ދިނުމާބެހޭ ޤވަޢި ދ". ބަޔާންކުރި ޙާލަތުގައި އެއްބަސްވުމެއް އޮންނަންޖެހެނީ އެތަނެއް ކުއްޔަށް ދޭނެ 1 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ކަމަށްވާނަމަ އެވެ.
28ޕްރިސިޑެންސް 5ގޯއްޗާއި ގޯތީގައި ހަދާ ޢިމާރާތް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ގަވާއިދަ ގައި ބަޔާނު ކުރާ އަސާސީ ކަންކަން ހިމެނެން ޖެހެއެވެ. އެއީ؛
(ހ) ކުއްޔަށް ދޭ މުއްދަތު.
(ށ) ގޯތި ނުވަތަ އިމާރާތުގެ ކުލި.
(ނ) ކުއްޔަށް ދޫކުރެވޭ ބޭނުން.
(ރ) ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައިވާ މުއްދަތު ހަމަވުމުގެކުރިނ ކުއްޔަށް ހފިފަރާތުނި ތަންދޫކޮށްލާނަމ ނުވަތަ ކުއްޔަށް ދޫކުރިފަރާތުނ ތަން އަތުލާނަމަ އެތަނުގައި ކުއްޔަށް ހިފިފަރާތުން ކޮށްފައިވާ އިމާރާތާއި ނުއުފުލޭމުދަލާމެދު އަމަލުކުރުމަށް އެއްބަސްވެފައިވާ ގޮތް.
(ބ) ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ބައިވެރިއަކު މަރުވެއްޖެނަމަ ހަދާނެގޮތް. މިއެވެ. އެހެންކަމުން، ބިމާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢދުގައ ގޯއްޗާއި ގޯތީގައި ހަދާފައިވި ޢިމާރާތް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ހުންނަންޖެހޭކަމަށް ބަޔާންކޮށްފައި އެވާ ކަންކަން ހިމެނުމާއެކު، އެފަދަ އެއްބަސްވުމެއްގައި ކުއްޔަށް ދޭފަރާތާއި ކުއްޔަށް ހިފާފަރާތުން އެއްބަސްވާ އެހެނިހެން މާއްދާތަކާއި ޝަރުޠުތައް ހިމެނުމަކީ ކުރެވިދާނެ ކަމކެ ވެ. އެހެނީ ޤާނޫނުގައި އެހެންގޮތަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކަ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫނެވެ. ޤާނޫނު ނަންބަރު:2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 27 ވަނަ މާއްދާގެ (ނ) އަދި "ގޯއްޗާއި ގޯތީގައި ހަދާ އިމާރާތް ކުއްޔަށް ދިނުމާބެހޭ ޤަވާޢިދު"ގެ 9 ވަނަ މާއްދާ އާއި 10 ވަނަ މާއްދާ. ޤާނޫނު ނަންބަރު:91/4 (ކޮންޓްރެކްޓާބެހޭޤާނޫނު) ގެ 4ވަނަ މާއްދާ. ކުއްޔަށް ހިފާފަރާތުން ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކުރުން:
29ޕްރިސިޑެންސް 6ގޯއްޗާއި ގޯތީގައި ހަދާ ޢިމާރާތް، ގޯތީގެ ވެރިފަރާތުން ނުވަތަ ޢިމާރާތުގެ ވެރިފަރާތުން ކުއްޔަށް ދިނުމުން، ކުއްޔަށް ހިފާފަރާތުން ތިންވަނަ ފަރާތަތަކަށް ސަބްލީޒ ކުރް ޙާލަތުގައި ކަންކަން ޢަމަލު ކުރާނެ ގޮތް ބިމާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދުގައި ބަޔާނި ކޮށްފައެއް ނެތެވެ. އެހެންކް މުން، އެކަން އިންތިޒާމަ ވެގެން ދާނީ ޤާނޫނު ނަންބަރު:91/4 (ކޮންޓްރެ ކްޓާބެހޭޤާނޫނު) ގެ މައްޗަށް ބިނާކޮށް، ގޯތީގެ ނުވަތަ ޢިމާރާތުގެ ވެރިފަރާތާއި ކުއްޔަށް ހިފާފަރާތާއ ދެމެދުގައި ވެފައިވާ އަޞްލު އެއްބަސްވުމުގެ )ancyhead ten( މައްޗަށް ބިނާކޮށެވެ. އަޞްލު އެއްބަސްވުން )tenancy head( އުވާލުމނު ފަރުޢީ އެއްބަސްވުމަށް )subtenancy( ވެގެން ދީނާ ކިހިނއެ ތޯ؟
30ބިމާއި، ބިމާއި ގުޅިފައިވާ ޢިމާރާތްތައް ކުއްޔަށްދިނުމާއި އެކަމާއިގުޅޭ އެންމެހައި ކަންކަން އިންތިޒާމުކޮށް ބަލަހައްޓާނެ ޤާނޫނީ އޮނިގަނޑެއް ދިވެހިރާއްޖޭގައި އޮތްކަމަށް ނުދެކެމެވެ. އެކަންކަން މިހާރު އިންތިޒާމުވެގެން ދަނީ ބިމާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުގެ ދަށުންނެވެ. އަދި ގޯއްޗާއި ޢިމާރާތް ކުއްޔަށް ދިނުމާއިބެހޭ އެއްބަސްވުމުގެ ކަންކަން ތަންޒީމުވެގެންދަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުނު ނެވެ. ގޯއްޗާއި ޢިމާރާތް ކުއްޔަށް ދިނުމުގެ ފުރިހަމަ އޮނިގަނޑެއް ނެތްއިރު، މިހާރު ޢަމަލު ކުރަމުންދާ ބިމާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢދުތަކުގައ ބަޔާންކުރި މިންވަރަށި މިދާއިރާގައި ބަލަހައްޓަންޖެހޭ ކަންކަން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ބަލަހައްޓަމުން ދާކަމަށ ބެލެވޭކަށް ނެތެވެ. އެގޭ މިސާލަކީ، ޤާނޫނު ނަންބަރު: 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް މިހާތަނަށް ގެނެވިފައިވާ އިޞްލާޙުތަކާއި އެއްގޮތަށް އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދުތައް އަދާހަމަކުރެވިފައި ނުވާކަމެވެ. ދިރިއުޅުމަށް ކުއްޔަށް ދޭ ތަންތަން "މާލޭގައިނަމަ މާލަ މުނިސިޕަލްޓީ" (ޤަބޫލު ކުރެވޭ ގޮތުން މިހާރު މާލެ ސިޓީގެ ސިޓީ ކައުންސިލް) ގައި، "ރާއްޖެތެރޭގައި ނަމަ އެރަށެއްގެ ރަށު އޮފީހުގައި" (ޤަބޫލު ކުރެވު ގޮތުން މިހާރު ބައެއް ސިޓީ ކައުންސިލް އަދި ރަށު ކައުންސިލް) ގައި ދިރިއުޅުމަށް ކުއްޔަށްދޭ ތަނެއް ގެ ގޮތުގައި، ރަޖިސްޓްރީ ކުރަންވާނެ ކަމަށްވް ސ އޮވެއެވެ.
31ޕްރިސިޑެންސް 7މިމައުޟޫގައި ޢަމަލުކުރުމަށް އެހެން ބައެއް ޖޫރިސްޑިކްޝަންތަކުގައި ވަކި ޚާއްޞަ ޤާނޫނެއް އެކަށައަޅާ ފައިވެއެވެ. ޢާންމު އުޞޫލުން އަޞްލު އެއްބަސްވުން ޓާރމިނޭޓް ކުރުމަކީ އެކަމުގެ ސަބަބުން ފަރުޢީ އެއްބަސްވުމުގެ ދަށުން އުފެދޭ ޙައްޤުތައްވެސ ނިމުމަކަށް އަންނާނެ ސަބަބެކެވެ. އޭގެ އިސްތިސްނާއަކީ ފަރުޢީ އެއްބަސްވމުގު ކުރިން ބިމުގެ ނުވަތަ ޢިމާރާތުގެ ވެރިފަރާތުގެ އިޢުތިރާޟެއް ނެތްކަން ނުވަތަ ރުހުން ހޯދާފައި އޮތުމެވެ. ޢިމާރާތުގެ ވެރިފަރާތުގެ ހައިޞިއްޔަތުން އިސްތިއުނާފާ ރައްދުވު މުޙައްމަދާ ސަމީރު އަދި ފޠިމާ ތ ސަމީރު އާއަ ކުއްޔަށް ހިފި ފަރާތުގެ ހައިޞިއްޔަތުން މުޙައްމަދު ނަޡީމް އާ ދެމެދު އޮތް ކުލީގެ އަޞްލު އެއްބަސްވުން:
32ޕްރިސިޑެންސް 8[…] އެވެކިޔާ ގޯތީގައި ހަދާފައިވާ 2 ރޫމްގެ 2 އެޕާރޓްމަންޓާއި ބިންމަތީގައި ހަދާފައިވާ ގުދަނާއި […] ގޭގެ ހަދާފައިވާ އެންމެހާ ތަނތަނ މުޙައްމަދް ނަޡް މްއަށް ކުއްޔައ ދިނުމަށް މުޙައްމަދް ސަމީރު 15 ޖަނަވަރީ 2015 ގައި ތަޞްދީޤުކޮށް ބިމާބެހޭ ޤާނޫނަށް ގެނެވުނު 4 ވަނަ އިޞްލާޙުން ބިމާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) އިޞްލާޙުކޮށް "ކުއްޔަށްދެވޭނީ ގިނަވެގެން 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތަށެވެ." މިފަދައިން ޤާނޫނުގެ ނައްޞަށް ބަދަލު ގެނެވިފައިވާއި ރ، "ގޯއްޗާއި ގޯތީގައި ހަދާ އިމާރާތް ކުއްޔަށް ދިނުމާބެހޭ ޤަ ވާޢިދު" ގައި އޮތީ 15 އަހަރަކާއި 10 އަހަރެއްގެ ވާހަކައެ ކެވެ. އެއީ 5 ޖޫން 2003 ގައި އެ ޤަވާޢިދު އެކުލަވާލިއިރު އޮތްގޮތެވެ. ނިއުޒީލެންޑް: ރެސިޑެންސިއަލް ޓެނެންސީ އެކްޓް 1986. އޮސްޓްރޭލިޔާ: ރެސިޑެންސިއަލް ޓެނެސްސީ އެކްޓް1987 (ނިއުސައުތްވޭލްސް). ރެސިޑެންސިއަލް ޓެނެންސީ އެކްޓް 1986. (ނިއުޒީލެންޑް) 57 ވަނަ މާއްދާ. އަދި ފާޠިމަތު ސަމީރާ އާ ދެމެދު 07 ޖުލައި 2016 ގައި އަޞްލު އެއްބަސްވުމެއް )head tenancy( ވެފައިވެއެވެ. މިއެއްބަސްވުމަށް ބަލާއިރު؛ " ކުއްޔައްހިފި އިމާރާތް ކުއްޔައްހިފިފަރާތުން ދެވަނަ ފަރާތަކަށް ކުއްޔަށް ދިނުން ކުއްޔައް ހިފިޢިމާރާތް ކުއްޔައް ހިފި ފަރާތުން ދެވަނަ ފަރާތަކައް ކުއްޔައް ދިނުމާއި ކުއްޔައް ހިފި ޢިމާރާތުގާ ކުއްޔައ ހިފިފަރާތުން ކުރަން ބޭނުން ކޮންމެ ވިޔަފާރީއެއް ކުރުމުގެ އިހުތިޔާރު ކުއްޔައް ހިފި ފަރާތައް ލިބިގެން ވެއެވެ. ނަމަވެސް މިގޮތުން ކުރާ ކޮންމެ ވިޔަފާރިއަކީ ވެސް ދިވެހިރާއްޖޭގެ ޤާނޫނާ ޤަވާޢިދު ހުއްދަ ވިޔަފާރިޔަކައްވާން ޖެހޭނެއެވެ. " މިފަދައިން ބަޔާންކޮށްފައި އޮވެއެވެ. އެހެންކަމުން، […] އެވެ ކިޔުނު ގެއިން މުޙައްމަދު ނަޡީމް ކުއްޔަށް ހިފި ޢިމާރާތް ތިންވަނަ ފަރާތަށް ފަރުޢީ އެއްބަސްވުމެއްގެ )subtenancy( ދަށުން ކުއްޔަށް ދީފައިވަނީ ޢިމާރާތުގެ ވެރިފަރާތުން ދީފައިވާ އިޚްތިޔާރުގެ ދަށުންނެވެ. ވީމާ، އިސްތިއުނާފުކުރާ މުޙައްމަދު ޢިނާން އާއި އިސްތިއުނާފު ރައްދުވާ މުޙައްމަދު ނަޡީމްއ ދެމެދާ […] އެވެ ކިޔުނު ގއިނެ މުޙައްމަދު ނަޡީމް ކުއްޔަށް ހިފި ޢިމާރާތުން ބައެއް ކުއްޔަށް ދިނުމަށް 14 އޮކްޓޫބަރު 2016 ދުވަހު ވެފައިވާ ފަރުޢީ އެއްބަސްވުމަކީ ޢިމާރާތުގެ ވެރިފަރާތުން މުޙައްމަދު ނަޡީމްއަށް ދީފައިވާ ހުއްދައިގެ ދަށުން ވެފައިވާ އެއްބަސްވުމެއް ކަމަށް ބަލަންޖެހެއެވެ.
33މީގެ އިތުރުން، މުޙައްމަދު ނަޡީމް އާއި މުޙައްމަދު ޢިނާން އާ ދެމެދު ވެވުނު ފަރުޢީ އެއްބަސްވުން ވެފައިވަނީ ގޯތީގެ ވެރިފަރާތް ކަމުގައިވާ މުޙައްމަދު ސަމީރާއި ފާޠިމަތު ސަމީރާގެ އެނގުމާއި ފެނުމުގެ ތެރެއިންކަން މިފަރާތްތަ ކުން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ. އަދި މިދެންނެވި ފަރުޢީ އެއްބަސްވުމުގެ 10 ވަނަ މާއްދާއިގައ ބަޔާންކޮށްފައި އޮންނަ؛ "މ.މޫސުންބަހާރު / މާލެ އެވެކިޔާ ގޯތީގެ ހުޅަނގު ފަރާތުގައިވާ ޢިމާރާތުގެ ވެރިފަރާތް ކަމުގައިވާ […] / މާލެ މުޙައްމަދު ސަމީރު )( އާއި ފާޠިމަތު ސަމީރާ )( އާއި، މުޙައްމަދު ނަޡީ މ ޢަލީ އާ ދެމެދު ޢިމާރާތްކުއްޔަށްހިފައި ތަރައްޤީކޮށް އެހެން ފަރާތްތަކަށް ކުއްޔަށްދީ ނފަ ހޯދުމަށް 07 ޖުލައި 2016މ. ދުވަހު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެވޭނީ މިއެއްބަސްވުމުގެ ދަށުން މުޙައްމަދު ނަޡީ މ ޢަލީގެ ފަރާތުން މުޙައްމަދު ޢިނާނުއަށް އަދާކުރަންޖެހޭ ޒިންމާތަކާއި ވާޖިބު އަދާކުރުމަށްފަހުގައެވެ. ސަބަބަކީ ޢިމާރާތް ތަރައްޤީކޮށް އެއް ފްލޯ އިތުރަށް ހެދުމުގައި މިއެއްބަސްވުމުގައި ބަޔާންވެފައިވާ -/400,000ރ. (ހަތަރުލައްކަ ރުފިޔާ) ބޭނުންކޮށްފައިވާތީއާއި، މިމަސައްކަތާއި ޚަރަދު ކުރެވޭކަން ޢިމާރާތުގެ ވެރިފަރާތަށްވެސް އެނގޭނތީއެވެ." މި ޢބާރާތުންވެސި ފަރުޢީ އެއްބަސްވުން ވެފައިވަނީ ޢިމާރާތުގެ ވެރިފަރާތުގެ ރުހުން އެކަމަށް އޮވެގެންކަން ޟިމްނީ ގޮތުންވެސް ދެނެ ގަނެވެއެވެ.
34މިޙާލަތުގައި، ގޯތި ނުވަތަ ޢިމާރާތް ކުއްޔަށް ހިފާފަރާތުން ގޯތި ނުވަތަ ޢިމާރާތުގެ ވެރިފަރާތުގެ ރުހުން އޮވެގެން އެތަން ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުމަށްފަހު، ތިންވަނަ ފަރާތުގެ މަޞްލަޙަތު ހިމާޔަތް ނުކުރެވޭ ގޮތަށް އަލުން އެނބުރި އައިސް ގޯތި ނުވަތަ ޢިމާރާތުގެ ވެރިފަރާތާއި ފުރަތަމަ ކުއްޔަށް ހިފި ފަރާތާއި ދެމެދު އޮތް އަޞްލު އެއްބަސްވުން )head lease( އުވައެއް ނުލެވޭނެއެވެ. މިޙާލަތުގައި ތިންވަނަ ފަރާތުގެ މަޞްލަޙަތާއި ގުޅޭ ގޮތުން ނިންމަންޖެހޭ ކަންކަމާއިމެދު އެ ތިންވަނަ ފަރާތުގެ ޝާމިލުވާނެ ގޮތަކަށް އޭނާގެ ކިބައިން އަޑުއަހަން ޖެހޭނެއެވެ. އެހެންނޫންނަމަ، ޢިމާރާތުގެ ވެރިފަރާތާއި އަޞްލު އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ތަން، ކުއްޔަށް ހފާފަރާތި އެކުވެގެން ތިންވަނަ ފަރާތެއްގެ ކިބައިން ނާޖާއިޒު މަންފާތަކެއް ނެގުމުގެ ފުރުޞަތު ވަރަށްބޮޑަށް ހ ޅުވިގެން ދާނެއެވެ. އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައިވެސް ކަންހިނގާފައިވަނީ އެ ބީދައިން ކަމަށް ފެނެއެވެ.
35ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1927 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވއެވެ.
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާ (އަދި (ނ)؛ 4 ވަނަ އިޞްލާޙުން ބަދަލުވި 27 ވަނަ މާއްދާގެ (ހ))
- ގޯއްޗާއި ގޯތީގައި ހަދާ އިމާރާތް ކުއްޔަށް ދިނުމާބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާ އަދި 10 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ
- ރެސިޑެންޝިއަލް ޓެނެންސީ އެކްޓް 1986 (ނިއުޒީލެންޑް)، 57 ވަނަ މާއްދާ
- ރެސިޑެންޝިއަލް ޓެނެންސީ އެކްޓް 1987 (ނިއު ސައުތް ވޭލްސް، އޮސްޓްރޭލިއާ)
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް