ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/240
އަހްމަދު ޝަރީފު ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2018/HC-A/240
Ahmed Shareef v. Prosecutor General 2018/HC-A/240 (2018/HC-A/240, High Court of the Maldives, 24 February 2019)
އަހްމަދު ޝަރީފު ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
މީދޫ މެޖިސްޓްރޭޓް ކޯޓުން އިޢުތިރާފުގެ މައްޗަށް ކުށްވެރިކޮށް 18 އަހަރު ޖަލަށްލުމާއެކު 75,000 ރުފިޔާގެ ޖޫރިމަނާއަށް ޙުކުމްކުރިއެވެ.
ރިސޯޓެއްގެ ކޮޓަރިއެއްގައި ފުލުހުން ބަލައި ފާސްކުރިއިރު ކެނެބިސް ފެނިފައިވާއިރު، އެތަކެތި ރިސޯޓަށް ގެންގޮސް ދިނުމަށް އިސްތިއުނާފުކުރި ފަރާތް އެހީތެރިވި ކަމަށް ބުނެ ކެނެބިސް ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދަޢުވާ ކުރެވުނެވެ.
އިސްތިއުނާފުކުރި ފަރާތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107، 108، 139 ވަނަ މާއްދާތަކާއި ޤާނޫނުއަސާސީގެ 51 (އ) އާއި 2017/HC-A/189 ގެ އުޞޫލުތަކާ ޚިލާފުކަމަށް 5 ނުކުތާ ހުށަހެޅިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ތާރީޚުތައް ތަފާތުވުމާއި ޗެއިން އޮފް ކަސްޓަޑީ ބްރޭކްވުމުން މާއްދީ ހެކީގެ ޞައްޙަކަމާމެދު ޝައްކު އުފެދޭތީ ޙުކުމް ބާޠިލުކުރަން އެދުނެވެ.
މައިގަނޑު ސުވާލު
ކެނެބިސް ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގައި ކުށްވެރިކުރި ޙުކުމް، މާއްދީ ހެކީގެ ތާރީޚުތައް ތަފާތުވުމާއި ޗެއިން އޮފް ކަސްޓަޑީ ބްރޭކްވުމުގެ ސަބަބުން ބާޠިލުކުރަންޖެހޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
މާއްދީ ހެކީގެ ޞައްޙަކަމާމެދު ޝައްކު އުފެދިފައިވާކަމަށް ދައުލަތުން ބުނެ ޙުކުމް ބާޠިލުކުރަން ދެފަރާތުން އެދުމުން، ޙުކުމް ބާޠިލުކުރަންޖެހޭކަމަށް ފަނޑިޔާރުން އިއްތިފާޤުވިއެވެ.
ކަނޑައެޅުނު އުޞޫލު
- ޖިނާއީ މައްސަލައެއްގެ އިސްތިއުނާފުގައި، މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓުގެ ތާރީޚާއި މާއްދީ ހެކި ހުށަހަޅާ ފޯމުގެ ތާރީޚު ތަފާތުވުމާއި ޗެއިން އޮފް ކަސްޓަޑީ ބްރޭކްވުމުގެ ސަބަބުން މާއްދީ ހެކީގެ ޞައްޙަކަމާމެދު ޝައްކު އުފެދިފައިވާކަމަށް ދައުލަތުން (ޕްރޮސިކިއުޓަރ ޖެނެރަލް) އިޢުތިރާފުވެ، ދަށުކޯޓުގެ ޙުކުމް ބާޠިލުކުރުމަށް ދެފަރާތުންވެސް އެދިއްޖެނަމަ، އެ ޙުކުމް ބާޠިލުކުރަންޖެހެއެވެ. (ނުކުތާ 3 (ހ)، (ށ))
- ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އާއި (ރ) (ދަޢުވާ)
- ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ށ) (ދަށުކޯޓުގެ ޙުކުމް)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 107 ވަނަ މާއްދާގެ (ނ) އާއި (ރ)، 108 ވަނަ މާއްދާ، 139 ވަނަ މާއްދާ (އިސްތިއުނާފުގެ ނުކުތާގައި)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) (އިސްތިއުނާފުގެ ނުކުތާގައި)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/189 ޤަޟިއްޔާ (އިސްތިއުނާފުގެ ނުކުތާގައި)
- ބެންޗު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުއްރަޢޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް