ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/189
2017/HC-A/189، 2017/HC-A/189
2017/HC-A/189 (2017/HC-A/189, High Court of the Maldives, 12 April 2017)
2017/HC-A/189
މައްސަލައިގެ ޚުލާޞާ
ހެކި ފޮރުވަން ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަފާނެކަމަށް ފެންނާތީ 6 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރެއްވިއެވެ.
ރިޝްވަތު ދިނުމާއި ޤާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތްކުރުމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ފުލުހުން ހުށަހަޅައިގެން ކްރިމިނަލް ކޯޓުން ނެރުއްވި ހައްޔަރުކުރުމުގެ އަމުރެއްގެ ދަށުން ހައްޔަރުކުރެވުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، އަމުރަކީ ޤާނޫނު ނަންބަރު 5/2013 ގެ 13 (ހ) އާ ޚިލާފު އަމުރެއް ކަމަށާއި، ހެއްކެއް ހުށަނާޅައި ނުފޫޒު ފޯރުވާނެކަމަށް ނިންމީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި 2012/HC-A/112 އާ ޚިލާފަށް ކަމަށާއި، 49 ވަނަ މާއްދާގައިވާ ސަބަބުތައް ނޫން ސަބަބަކަށް ބިނާކޮށް ބަންދުކުރީ ކަމަށެވެ.
މައިގަނޑު ސުވާލު
ޤާނޫނު ނަންބަރު 5/2013 ގެ 13 ވަނަ މާއްދާގެ (ހ) ގައިވާ އިޖްރާއަތާ ޚިލާފަށް ހައްޔަރުކުރެވުނު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ބަންދު، އެ ހައްޔަރުކުރުމުގެ އަމުރަށް ބިނާކޮށް އިތުރުކުރައްވާ ކްރިމިނަލް ކޯޓުން ނެރުއްވި އަމުރު ޤާނޫނާ އެއްގޮތްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު، ބަންދުން ދޫކޮށްލުމަށް އަންގައިފި
މެންބަރު ހައްޔަރުކުރެވުނީ ކުށުގެ ވެށިން ނޫނީ، 13 (ހ) ގެ އިޖްރާއަތާ ޚިލާފަށް ނެރުއްވި ހައްޔަރުކުރުމުގެ އަމުރެއްގެ ދަށުން ކަމަށްވާތީ، އެ ބާޠިލު އަމުރަށް ބިނާކޮށް ބަންދު އިތުރުކުރި އަމުރުވެސް ބާޠިލުވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރުކުރެވިފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ފެނިގެން ނުވަތަ ކުށުގެ ވެށިން ނޫން ގޮތަކަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޯޓަށް ހުށަހެޅުމުން ނެރުއްވާފައިވާ ހައްޔަރުކުރުމުގެ އަމުރެއްގެ ދަށުން ނަމަ، އެއީ ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރެވިފައިވާ އިޖްރާއަތާ އެއްގޮތަށް ނެރުއްވާފައިވާ އަމުރެއްގެ ދަށުން ކުރެވިފައިވާ ބަންދެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ބާޠިލުކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާޠިލުކަމަށް ވާނެތީ، ޤާނޫނު ނަންބަރު 5/2013 ގެ 13 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްގެ ދަށުން ބަންދުކުރެވިފައިވަނިކޮށް އެ އަމުރުގެ މައްޗަށް ބިނާކުރައްވައިގެން ބަންދުގެ މުއްދަތު އިތުރުކުރައްވާ ނެރުއްވާ ކޯޓު އަމުރަކީ ޤާނޫނާ ޚިލާފު ބާޠިލް އަމުރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 45 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް