ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/262
އަޙްމަދު ނާޘިމް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް، 2019/HC-A/262
Ahmed Naathim v. Attorney General's Office 2019/HC-A/262 (2019/HC-A/262, High Court of the Maldives, 24 August 2021)
އަޙްމަދު ނާޘިމް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް
މައިގަނޑު ސުވާލު
ސުޕްރީމް ކޯޓުގެ ޙުކުމެއް (2014/SC-A/52) ސުޕްރީމް ކޯޓުން ފަހުން (2018/SC-A/52) ބާޠިލުކުރުމުން، އެ ޙުކުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ބަލައިނުގަތުމަށް ރަޖިސްޓްރާރ ނިންމި ނިންމުމާއި، އެ ނިންމުމަށް އިސްޤާޟީ ތާއީދުކުރުމަކީ ޤާނޫނާ އެއްގޮތް ނިންމުމެއްތޯ؛ މީގެ ތެރޭގައި ޤަޟާއީ ރައްކާތެރިކަމާއި، ސްޓެރި ޑިސައިސިސްގެ އުޞޫލާއި، ޙުކުމެއް ބާޠިލުވުމުން ބަދަލު ހޯދުމުގެ ޙައްޤު އުފެދޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ސިވިލް ކޯޓުގެ ނިންމުން ޤާއިމް (އަޣުލަބިއްޔަތުން)
ކަނޑައެޅުނު އުޞޫލުތައް
- ދަޢުވާއެއް/އިސްތިއުނާފެއް ހިންގަންވާނީ ދަޢުވާލިބޭ ފަރާތް (އިސްތިއުނާފު ރައްދުވާ ފަރާތް) ހިމަނައިގެން ކަމުން، އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތި ހުށަހަޅާ އިސްތިއުނާފެއްގައި އިސްތިއުނާފު ރައްދުވާ ފަރާތެއް ހިމެނުމަށް މައްސަލަ ބަލާ ފަނޑިޔާރުންނަށް އެންގިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 2)
- ކޯޓުގެ އެންގުމަށް އިސްތިއުނާފު ރައްދުވާ ފަރާތް ހިމަނައި އިސްތިއުނާފު ފޯމު އިޞްލާޙުކޮށް ފަހުން ހުށަހެޅުމުން، އިސްތިއުނާފު ހުށަހެޅުނީ އިޞްލާޙު ހުށަހެޅި ތާރީޚުގައި ކަމަށް ނުބެލޭނެއެވެ؛ އިސްތިއުނާފީ މުއްދަތު ބަލާނީ އަޞްލު އިސްތިއުނާފު ހުށަހެޅި ތާރީޚުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ސިވިލް ކޯޓުގެ ޤަވާޢިދުގެ 25 ވަނަ މާއްދާގެ (ހ) ގެ ދަށުން ފޯމު ފުރިހަމަކުރަން އެންގުމަކީ މައްސަލަ ބަލައިގަނެވޭނެ ކަމަށް ދެވޭ އިރުޝާދެއް ނޫނެވެ؛ އެ އެންގުމަށް ފޯމު އިޞްލާޙުކުރުމަށްފަހު މައްސަލަ ބަލައިނުގަތުމަކީ އެ މާއްދާއާ ޚިލާފު ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11.1)
- ޤާނޫނުއަސާސީގެ 43 ވަނަ މާއްދާ ހިނގަނީ އިދާރީ ފިޔަވަޅުތަކަށެވެ؛ ސިވިލް ކޯޓުގެ ރަޖިސްޓްރާރ ޤަޟާއީ އަދި އިދާރީ މަސައްކަތް ކުރާ ފަރާތެއް ކަމުން ރަޖިސްޓްރާރގެ ނިންމުންތައް 43 ވަނަ މާއްދާއާ އެއްގޮތްވާން ޖެހޭއިރު، އެ ނިންމުންތައް ކޯޓުތަކުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ ދަށުން ކޯޓަށް ހުށަހަޅައި ބެލޭނެ ނިޒާމެއް އޮވެ، އިސްތިއުނާފީ މަރުޙަލާއިންވެސް ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11.3)
- ދަޢުވާ ބަލައިގަތުމާ ބެހޭ ނިންމުމުގައި ކޯޓުން ބަލަންވާނީ ދަޢުވާ ހުށަހެޅި ފޯމަށް (form) ނޫން، ދަޢުވާގެ ބަޔާނާއި ހުށަހެޅުންތަކުގެ ޖައުހަރަށް (substance) އެވެ؛ ދަޢުވާގެ އަސާސަކީ ޤަޟާއީ ނިންމުމެއް ނަމަ، އެއީ އިދާރީ ނިންމުމަކަށް ބަލައިގެން ހުށަހެޅޭ ދަޢުވާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11.2، 12.2)
- ޤަޟާއީ ރައްކާތެރިކަން (judicial immunity) ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ބަލައިގެންފައިވާ މަފްހޫމެކެވެ؛ ފަނޑިޔާރަކު އޭނާގެ ވާޖިބު އަދާކުރުމުގައި ދިން ރައުޔަކާ، ކުރި އަމުރަކާ ނުވަތަ ޙުކުމަކާ ގުޅިގެން، ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ އިސްތިއުނާފުގެ އުޞޫލުތަކާއި ފަނޑިޔާރުންގެ ޞުލޫކާ ގުޅޭ އުޞޫލުތަކުގެ ބޭރުން އެއްވެސް ފަރާތެއްގައި ޖަވާބުދާރީއެއް ނުކުރެވޭނެއެވެ؛ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޙުކުމްކުރި ގޮތުގެ މައްޗަށް ބިނާކޮށް ކުރާ ދަޢުވާއެއް ސިވިލް ކޯޓަށް ބަލައިނުގަތުމަކީ ރަނގަޅު ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14-15)
- ސްޓެރި ޑިސައިސިސްގެ އުޞޫލުގެ ދަށުން ތަބާވާން ޖެހޭނީ ނިންމުން ބިނާކުރި އުޞޫލަށް (ratio decidendi) ކަމާއި، ތަބާވުން ބިނާވަނީ ކޯޓުތަކުގެ ތަރުތީބުގެ މައްޗަށް ކަމާއި، ދިވެހިރާއްޖޭގައި ތަބާވާންޖެހޭ ހުއްޖިއްޔަތު ލިބޭ ނިންމުންތަކަކީ ހަމައެކަނި ހައިކޯޓާއި ސުޕްރީމް ކޯޓުގެ ނިންމުންތަކެވެ؛ ދަށު ކޯޓަކަށް އެ ކޯޓުގެ ކުރީގެ ނިންމުމަށް ތަބާވުން ލާޒިމެއް ނޫނެވެ (އެއްގޮތް މައްސަލަތަކުގައި އެއްގޮތަކަށް ޢަމަލުކުރުން ރަނގަޅު ނަމަވެސް). އެއް ދަރަޖައިގެ ކޯޓުތަކުގެ ނިންމުންތައް ތަޢާރުޟުވާނަމަ، ފުރިހަމައަށް ބެލިގެން ނިންމާފައިވާ ފަހުގެ ނިންމުމަށް އިސްކަން ދޭނީއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-19)
- ޤާނޫނީ ބާރެއް ނެތި ނުވަތަ ޤާނޫނާ ޚިލާފަށް ހައްޔަރުކުރުމާއި ބަންދުކުރުމަށް ބަދަލު ލިބިދިނުމާއި، މަދަނީ ގެއްލުންތަކަށް (tort) ބަދަލު ނަގައިދިނުމަކީ ދިވެހި ޤާނޫނީ ނިޒާމު ބަލައިގެންފައިވާ ކަމެކެވެ؛ ނަމަވެސް ޝަރީޢަތުގެ ކުރިން ހައްޔަރުކޮށް ބަންދުކުރުމާ ގުޅޭ މައްސަލައަކާއި ޝަރީޢަތުން ކުރި ޙުކުމަކާ ގުޅިފައިވާ މައްސަލައަކީ އަޅާކިޔޭނެ ދެ މައްސަލައެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20.2، 21)
- ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ކޯޓުތަކުން ރިޢާޔަތްކުރަންޖެހޭ ނަމަވެސް، އެ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ނިންމާ ގޮތުގެ މަތިންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- މަތީ މަރުޙަލާގެ ކޯޓަކުން ޙުކުމެއް ބާޠިލު ނުވަތަ ބަދަލުކުރުމަކީ އޭގެ ޒާތުގައި ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރެވޭނެ ސަބަބެއް ނޫނެވެ؛ ކުށް ސާބިތުނުވާކަމަށް (ބަރީއަކަމަށް) ކަނޑައަޅައި ޙުކުމް ބާޠިލުކުރުމާއި ހަމައެކަނި އިޖުރާއީ ނުކުތާއެއްގެ މައްޗަށް ޙުކުމް ބާޠިލުކުރުމާ ދެމެދު ތަފާތު އޮވެ، މިފަދަ ޙާލަތްތަކުގައި ބަދަލު ދެވޭނީ އެކަމަށް ޤާނޫނެއްގައި ކަނޑައަޅައި ބަޔާންކޮށްގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23-25، 27)
- (ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ޚިލާފު ރައުޔު) ޤާނޫނުއަސާސީގެ 58 ވަނަ މާއްދާގެ ދަށުން ޤާނޫނާ ޚިލާފު ބަންދަށް ބަދަލު ހޯދުމުގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 1 ގެ 22 ވަނަ ނަންބަރުގެ ދަށުން ސިވިލް ކޯޓަށް ލިބިގެންވެއެވެ؛ މައްސަލައެއް ބަލައިގަތުމުގައި ރަޖިސްޓްރާރ ބަލަންވާނީ އިޚްތިޞާޞް، locus standi، މުއްދަތު، މައްސަލަ ބަލައިގަތުމަށް ހުރަސްއަޅާ ސަބަބު، ފޯމު ފުރިހަމަވުމާއި ލިޔުންތައް ހުށަހެޅުމަށެވެ؛ ބަލައިނުގަންނަނަމަ ސަބަބުތަކާއެކު އަންގަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29-33، 37)
1މި މައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު 2019/RNA/02 "ރަޖިސްޓްރާރގެ ނިންމުން އަލުން ބަލއަ ނިން މިގޮތް" އެކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަތަކާ ޚިލާފަށްކަމަށް ބުން […] / އަޙްމަދު ނާޡިމް (އައި.ޑީ.ކާރޑް ނަންބަރު ) ގެ ފަރާތުން އެނިންމުނ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމނު ބެލުން މައްސަލައެކެވެ.
2ޕްރިސިޑެންސް 1ސިވިލް ކޯޓުގެ ނަންބަރު 02/RNA/2019 "ރަޖިސްޓްރަރގެ ނިންމުން އަލުން ބަލައި ނިންމިގޮތް" މިކޯޓަށް އަޙްމަދު ނާޡމްގި ފަރާތުން ހުށަހެޅިއިރު، އިސްތިއުނާފު ފޯމުގައި އިސްތިއުނާފު ރައްދުވާ އެއްވެސް ފަރާތެއް ބަޔާންކޮށްފައެއްނެތެވެ. އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތި މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ ގޮތަށް ހިންގުމަކީ، އިސްތިއުނާފުކުރާ ފަރާތުން އުފައްދާ ސުވާލާއި ގުޅިގެން ޖަވާބު ދޭނެ ފަރާތެއް ނެތި ހިންގޭ ޤަޟިއްޔާއެއް ކަމަށްވާނެތީ، އަދި އެފަދަ ސުވާލަކަށް ޖަވާބު ލިބެންޖެހޭ ކަމަށް ޤަބޫލު ކުރެވިގެން، އިސްތިއުނާފު ރައްދުވާ ފަރާތެއް ހިމެނުމަށް 18 ޖަނަވަރީ 2021 ގައި ވަނީ އަޙްމަދު ނާޡިމަށް އެންގިފައެވެ. އެހެންވެ، އިސްތިއުނާފު ފޯމްގެ އެބައި އިސްލާޙުކޮށް އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި ދިވެހި ދައުލަތް ހިމަނައި 22 ފެބްރުއަރީ 2021 ގައި އަލުން މިކޯޓަށް ފޮނުވިއެވެ. ވުމާއެކު މިމައްސަލައިގެ އަޑުއެހުންތައް އަލުން ކުރިއަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:A/17-SC/2009؛ " ދަޢުވާއެއް ޝަރުޢީ ކޯޓެއްގައި ހިންގަންވާނީ އެދަޢުވާގައި ދައުވާ ލިބޭފަރާތް ހިމަނައިގެންކަމާއި ދަޢުވާގައި ހިމެނޭ ދެފަރާތުގެ ޚަޞްމުން ޙާޟިރުކޮށް އެޚަސްމުން ދަޢުވާއާމެދު ބުނާ އެއްޗެއްގެ އަޑުއެހުން ބާއްވަންވާނެކަނ އެނގެން އޮންނަކަމެވެ." ސުޕްރީމް ކޯޓުގެ ނަންބަރު A/44-SC/2019 (އިބްރާހިމް ފ ޠިހު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)؛ "...އިސްތިއު ނާފު ރައްދުވާ ފަރާތެއް ނެތި ހިންގުމާ ގުޅޭ ގޮތުން މައްސަލަ ބެލި ފަނޑިޔާރުންވެސ ވަކް ކަމއެ ފާހަގަ ކޮށްފައި ނުވެއެވެ." މިގޮތަށް ބަޔާންކޮށްފައި އޮތުމުން، އިސްތިއުނާފު ރައްދުވާ ފަރާތް ނެތި ހުށަހަޅާ މައްސަލަތަކުގައި އިސްތިއުނާފު ރައްދުވާ ފަރާތް ހިމެނުމަށް މައްސަލަ ބަލާ ފަނޑިޔާރުންނަށް އެންގި ދާނެކަމަށް ޤަބޫލު ކުރެވެއެވެ. ގެންދެވިފައިވަނީ އިސްތިއުނާފު ރައްދުވާ އެޓަރނީ ޖެނެރަލްގެ ޙާޟިރުގައި، އެފަރާތަށް ޖަވާބުދާރީވުމަށް ފުރުޞަތު ދީގެންނެވެ.
3އަޙްމަދު ނާޡިމް ރައްޔިތުންގެ މަޖިލީހުގައި އަދާކުރަމުންދިޔަ ދިއްގަރު ދާއިރާގެ މެންބަރުކަމުގެ މަޤާމު ގެއްލި، އެމަޤާމުން ލިބެންޖެހޭ މުސާރައާއި، ޕެންޝަނާއި، އިނާޔަތްތަކާއި އެހެނިހެން މާލީ ގެއލުންވެ، އަޙްމަދު ނާޡިމް ގ ޙައްޤުތަކާއި މިނިވަންކަން ގެއްލި ޖަލު ޙުކުމެއް ތަންފީޛްކޮށް، ނުޙައްޤުން އަދަބުތަކެއް ލިބިފައިވަނީ ޤާނޫނާ ޚިލާފު އިޖުރާޢަތުތަކެއްގެ މައްޗަށް ދައުލަތުން ދިވެހިރާއް ޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގަ، އެކޯޓުގެ ނަންބަރު A/52-SC/2014 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމެއްގެ ސަބަބުންކަމަށް އަޙްމަދު ނާޡިމް ބުނެއެވެ.
4ބަޔާންވެދިޔަ ޤަޟިއްޔާގެ ޙުކުމަކީ ބާޠިލް ޙުކުމެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/52-SC/2018 ޤަޟިއްޔާއިން ޙުކުމް ކުރައްވާފައި ވާކަމަށް އަޙްމަދު ނާޡިމް ބުނެފައިވެއެވެ.
5އެހެންވެ، އަޙްމަދު ނާޡިމްއަށް ލިބިފައިވާ މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ރައްޔިތުނގ މަޖިލީހުގެ ދިއްގަރް ދާއިރާގެ މެންބަރުކަމުގެ މުސާރައާއި އިނާޔަތް ތަކަކީ ދައުލަތުން އަޙްމަދު ނާޡމްއަށް ދޭންޖެހޭނެ ފައިސާއެއްކަމަށް ކަނޑައަޅުއްވައި ދެއްވުމަށާއި އަދި އަޙްމަދު ނާޡި މްއަށް ލިބިފައިވާ އެހެނިހެން ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އޮތްކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދި 03 ފެބްރުއަރީ 2019 ގައި ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.
6އަޙްމަދު ނާޡިމް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުގެ ރަޖިސްޓްރާރ ބަލައަ ނުގތުމަށަ ނިންމާފައިވަނީ؛ "އަޙްމަދު ނާޡިމްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގަ އަދާކުރަމުންދިޔަ ދިއްގަރު ދާއިރާގެ މެންބަރުކަމުގެ މަޤާމް ގެއްލި، އެމަޤާމުން ލިބެންޖެހޭ މުސާރަ އާއި ޕެންޝަނާއި ޢިނާޔަތްތަކާއި އެހެނިހެން މާލީ ގެއްލުންވެ އަސާސީ ޙައްޤުތަކަށާއި މިނިވަންކަން ގެއްލި ޖަލު ޙުކުމެއް ތަންފީޛުކޮށް ދައުލަތުން ނުޙައްޤުން އަދަބުތަކެއް ލިބިފައިވަނީ ޤާނޫނާއި ޚިލާފު އިޖުރާއަތުތަކެއްގެ މައްޗަށް ދައުލަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެކޯޓުގެ ނަންބަރު A/5-SC/2014 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމެއްގެ ސަބަބުން ކަމަށް ވުމާއެކު އެޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު A/50-SC/2018 ޤަޟިއްޔާއިން ޙުކުމް ކުރައްވާފައިވާތީ، އަޙްމަދު ނާޡިމްއަށް ލިބިފައިވާ މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރުކަމުގެ މުސާރައާއި ޢިނާޔަތްތަކަކީ ދައުލަތުން ދަޢުވާކުރާ ފަރާތަށް ދޭންޖެހޭނެ ފައިސާކަމަށް ކަނޑައަޅުއްވައި ދެއްވާ އަދި ދަޢުވާކުރާ ފަރާތަށް ލިބިފައިވާ އެހެނިހެން ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އޮތްކަމަށް ކަނޑައަޅުއްވާ ދެއްވުން އެދިގެން ދަޢުވާކުރާ މައްސަލައެއްކަން އެނގެއެވެ. އަޙްމަދު ނާޡިމްގެ ފަރާތުން ދަޢުވާ ކުރުމަށް ހުށަހަޅާ އަސާސަކީ ސުޕްރީމް ކޯޓުގެ ޤަޟިއްޔާ އެކެވެ. ކޯޓުން ނިންމާ ޤަޟާއީ ނިންމުން ތަކަކީ އިދާރީ ނިންމުން ތަކަކަށް ނުވާތީ، މިއީ، އިދާރީ ނިންމުމެއްގެ މައްޗަށް ދަޢުވާ ކުރުމަށް ހުށަހެޅޭނެ އުޞޫލުން ހުށަހެޅޭނެ މައްސަލައެއް ނޫންކަން އެނގެއެވެ. ކޯޓުތަކުން ނިންމާ އެއްވެސް ނިންމުމަކާއި ގުޅޭގޮތުން ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަތަކުގެ އިޚްތިޞާޞް މިކޯޓަށް ލިބިދޭ ގޮތެއް ނެތުމުން މިއީ، މިކޯޓަށް އިޚްތިޞާޞް ލިބޭ މައްސަލައެއް ނޫންކަމަށް ނިންމީއެވެ." މިފަދައިންނެވެ.
7ސިވިލް ކޯޓުގެ ރަޖިސްޓްރރގަ މިނިނމް މާމެދު ހިތްހަމ ނުޖެހިގެން އެނިންމުން އަލުން ބަލައި ދިނުމަށް ސިވިލް ކޯޓުގެ އިސްޤާޟީއަށް 28 ފެބްރުއަރީ 2019 ގައި އަޙްމަދު ނާޡިމް ހުށަހެޅިއެވެ. އެނިންމުން އަލުން ބަލައި، ސިވިލް ކޯޓުގެ އިސްޤާޞ ނިންމީ ގޮތުގައި ވަނީ؛ "ދެންފަހެ، ބުނެވިދިޔަ ގޮތުގެ މައްޗަށް […] އަޙްމަދު ނާޡިމްގެ ފަރާތުން ހުށަހަޅާފައިވާ ރަޖިސްޓްރާރގެ ނިންމުން އަލުން ބެލުމުގެ މިމައްސަލައިގައި ރަޖިސްޓްރާރ ނިންމާފައިވާ ގޮތް ސިވިލް ކޯޓުގެ ރަޖިސްޓްރަރ ނިންމުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/5-SC/2014 ޤަ ޟިއްޔާގ ގޮތުގައެ މިނަންބަރު ލިޔެވިފައިމިވަނީ ލިޔުމުގެ ކުށަކުންކަމަށް ބެލެވެއެވެ. ރަނގަޅު ގޮތަކީ ސުޕްރީމް ކޯޓުގެ ނަންބަރު A/52-SC/2014 ޤަ ޟިއްޔާކަމަށް ޤަބޫލުކުރެވެއެވެ. ސިވިލް ކޯޓުގެ ރަޖިސްޓްރަރ ނިންމުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/50-SC/2018 ޤަ ޟިއްޔާގ ގޮތުގައެ މިނަންބަރު ލިޔެވިފައިމިވަނީ ލިޔުމުގެ ކުށަކުންކަމަށް ބެލެވެއެވެ. ރަނގަޅު ގޮތަކީ ސުޕްރީމް ކޯޓުގެ ނަންބަރު A/52-SC/2018 ޤަ ޟިއްޔާކަމަށް ޤަބޫލުކުރެވެއެވެ. ސިވިލް ކޯޓުގެ ނަންބަރު:10/REG/2019-144 (10 ފެބުރުއަރީ 2019) "ރަޖިސްޓްރާރގެ ނިންމުން." އެނޫންގޮތަކަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި ރަޖިސްޓްރާރގެ އެނިންމުމަށް ތާއީދުކޮށްފީމެވެ". މިފަދައިންނެވެ. ސިވިލް ކޯޓުގެ އިސްޤާޟީ ނިންމިގޮތް ބިނާކުރާ މައިގަނޑު ނުކުތާތަކަކީ؛
1.7. އަޙްމަދު ނާޡިމް ހުށަހެޅި މައްސަލައަކީ ޝަރީޢަތުން ކަނޑައަޅާފައިވާ ނިޔާގެ ފާއިލިއްޔަތު ދެމިއޮތް މުއްދަތުގެ ނަތީޖާގެ ގޮތުން އެއީ ލިބުނު ގެއްލުމެއްކަމުގައި ދެކިގެން އެ ބަދަލު ހޯދުމަށް އެދަ ކޮށްފައިވާ ދަޢުވާއެއްކަން.
2.7. ޝަރީޢަތުން ކުރާ ޙުކުމެއް ނުވަތަ ނުވަތަ ކަނޑައަޅާ ނިޔާއެއް އެނޫންގޮތަކަށް ކަނޑަނާޅާ ދެމިއޮއްވައި އެޙުކުމެއް ނުވަތަ އެނިޔާއެއް ތަންފީޛްކުރާ ކުރުމެއްގައި ތަޙައްމަލު ކުރިކަމެއް، އެޙުކުމެއް ނުވަތަ އެނިޔާއެއް މަންސޫ ޙުވ ނުވަތެ ބާޠިލްވާވުމުން އޭގެ ބަދަލެއް ހޯދުމަށް ނުވަތަ ލިބުމަށް ދަޢުވާއެއް ނުވަތަ ޝަކުވާއެއް އެގޮތުގެ މައްޗަށް ކުރެވޭނެގޮތަކަށ އޮތްކަމެއް ނޫންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ 441 ވަނަ މާއްދާގެ (ނ) އަށް ބެލުމުން އެނގެން އޮންނަކަން.
3.7. ސިވިލް ކޯޓުގެ ނަންބަރު:C/2010-Cv/1143 (2167/MC/2010) ޤޟިއްޔާގައަ ޖުޑީޝަލް އިމިއުނިޓީގެ މަފްޙޫމަށ ރިޢާޔަތްކޮށް ކޯޓުތަކުގެ މައްޗަށް ދޢަ ވާކުރެވެން ނޯންނާނެ ކމުގައަ ކަނޑައަޅާފައިވާކަމާއި، އެޤަޟިއްޔާގެ ޙުކުމަށް މަތީ މަރުޙަލާ ކޯޓަކުން އެއްވެސް ބަދލެއަ ގެނެސްފައިނުވާތީ އެގޮތް އެއޮތީ ޤަޟާއީ ނިޒާމުގެ ތެރޭގައި އިސްތިޤްރާރުވެފައިކަނ އެނގެން އޮތުން. ސިވިލް ކޯޓުގެ ނަންބަރު: 02/RNA/2019 (25 މާރިޗް 2019) "ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމިގޮތް" ސިވިލް ކޯޓުގެ އިސްޤާޟީގެ ނިންމުން އިސްތިއުނާފުކުރުން:
8އަޙްމަދު ނާޡިމް ސިވިލް ކޯޓުގައި ކުރި ދަޢުވާއާމެދު އެކޯޓުގެ ރަޖިސްޓްރަރ ނިންމި ނިންމުން، އަލުން ބަލައި ދިނުމަށް އެކޯޓުގެ އިސްޤާޟީ އަށް ހުށަހެޅުމުން "ރަޖިސްޓްރާރގެ ނިނމުނ އަލުން ބަލައި ނިންމިގޮ"ތާއް މެދު އަޙްމަދު ނާޡިމް ހިތްހަމަ ނުޖެހިގެން، އެނިންމުން 09 އޭޕްރީލް 2019 ގައި ދިވެހިރާއްޖޭގ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އިސްތިއުނާފުން ބަލަމުން މިދާ މައްސަލައަކީ، ސިވިލް ކޯޓުގެ ރަޖިސްޓްރަރގެ ނިންމުން އަލުން ބަލައި ދިނުމަށް އަޙްމަދު ނާޡމުގެ ފަރާތުނި ސިވިލް ކޯޓަށް ހުށަހެޅުމުން އެކޯޓުގެ އިސްޤާޟީ ނިންމާފައިވާ ނިންމުމެވެ. އިސްތިއުނާފީ ނުކުތާތައް:
9ސިވިލް ކޯޓުގެ ނަންބަރު 2019/RNA/02 ރަޖިސްޓްރަރގެ ނިންމުން އަލުން ބަލައި ނިންމި ނިންމުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ އެނިންމުން އިސްތިއުނާފުކުރުމަށް އެދި އަޙްމަދު ނާޡމްގި ފަރާތުން ތިރީގައިވާ ހަތަރު ނުކުތާ ހުށަހަޅާ އެނުކުތާތަކާއިބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؛ .19- ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ޤަވާއދުގި 25 ވަނަ މާއްދާގެ (ހ) އިން ރަޖިސްޓްރަރއަށ ލިބް ބާރުގެ ދަށުން ދަޢުވާ ފޯމު އިޞްލާޙުކުރަން އެންގުމަށްފަހު، އެފރާތުނަ އެންގި ގޮތަށް ދަޢުވާ ފޯމު އިޞް ލާޙުކޮށްގެން ހުށަހެޅުމުން، މައްސަލަ ބަލައިނުގަތުމަކީ ސިވިލަ ކޯޓުގެ ޤވާއިދުގަ 25 ވަނަ މައްދާގެ ރޫޙާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ރޫޙާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. .29- ދެވަނަ ނުކުތާއަކީ، ރަޖިސްޓްރަރގެ ނިންމުން އަލުން ބެލި ސިވިލް ކޯޓުގެ ނަންބަރު 02/RNA/2019 ނިންމުމުގައި ޤާނޫނުއަސާސީގެ 144 (ނ) އަށް ޙަވާލާދީ ދައްކާފައި ހުރި ވާހަކަތަކާއި، އެމާއްދާއާއި އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. .39- ތިންވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު C/2010-Cv/1143 ޤަޟިއްޔާގައި ކަނޑައަޅާފައިނުވާ ކަންތައްތަކެއްގެ މައްޗަށް ރިޢާޔަތްކޮށް ރަޖިސްޓްރަރގެ ނިންމުން އަލުން ބެލި ސިވިލް ކޯޓުގެ ނަންބަރު 02/RNA/2019 ނިންމުން ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. .49- ހަތަރުވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު C/2010-Cv/1143 ޤަޟިއްޔާގެ ޙުކުމަށް ރަނގަޅަށްރިޢާޔަތްކޮށްފައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. ދައުލަތުން ފާހަގަކުރި އިޖުރާއީ ނުކުތާ:
10ޕްރިސިޑެންސް 2އިޖުރާއީ ނުކުތާއެއްގެ ގޮތުގައި ދައުލަތުން ފާހަގަ ކޮށްފައިވަނީ ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރީ މުއްދަތު ފަހަނައަޅައިދިޔަ ފަހުންކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ. ސިވިލް ކޯޓުގެ ނިންމުން ނިންމާފައިވަނީ 25 މާރިޗް 2019 ގައެވެ. އަދި އެނިންމުން އިސްތިއުނާފު ކުރުމަށްޓަކައި އަޙްމަދު ނާޡިމގް ފަރާތުން 09 އޭޕްރީލް 0192 ގައި ސިވިލް ކޯޓަށް ހުށަހަޅާ ފައިވެއެވެ. އަދި 15 އޭޕްރީލް 2019 ގައި ހައިކޯޓަށް ލިބިފައިވެއެވެ. އެހެންކަމުން، ދައުލަތުން ބަޔާންކުރާ ގޮތަށް، މިމައްސަލައަކީ 22 ފެބުރުވރަ 2021 ގއ އިސްތިއުނާފު ކުރެވުނު މައްސަލައެއް ނޫނެވެ. ދައުލަތުން މިނުކުތާ ފާހަގކޮށްފައިވަނީ، އިސްތިއަ ނާފު ރައްދުވާ ފަރާތް ހިމެނުމަށް މިކޯޓުން އެންގި އެންގުމާއި ގުޅިގެން އެއިޞްލާޙާއެކ ހުށަހެޅު ފޯމް ދައުލަތަށް ލިބިފައިވާތީކަމަށް ބެލެވެއެވެ. އެހެންކަމުން، ދައުލަތުން ނެގި އިޖުރާއީ ނުކުތާ ބަލައިނުގަތުމަށް ނިންމުނެވެ. ސިވިލް ކޯޓުގެ ޤަވާއިދާއިބެހޭ ގޮތުން ހުށަހެޅި ނުކުތާ:
11ޕްރިސިޑެންސް 3ޕްރިސިޑެންސް 4ޕްރިސިޑެންސް 5ސިވިލ ކޯޓުގް ޤވާއިދުގަ 25 ވަނަ މާއްދާގެ (ހ) އިން ރަޖިސްޓްރަރއަށ ލިބް ބާރުގެ ދަށުން ދަޢުވާ ފޯމަ އިޞްލާޙުކުރަން އެންގުމަށްފަހު، އެފަރާތުން އެންގި ގޮތަށް ދަޢުވާ ފޯމު އިޞްލާޙުކޮށްގެން ހުށަހެޅުމުން، މައްސަލު ބަލައިނުގަތުމަކީ ސިވިލް ކޯޓުގެ ޤވާއިދުގަ 25 ވަނަ މައްދާގެ ރޫޙާއި ދިވެހިރާއްޖޭގެ ޖުމްހރިއްޔާގޫ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ރޫޙާ ޚިލާފަށްކަމަށްބުނެ ހުށަހެޅ ނުކުތި އާއާ ގުޅިގެން ދައުލަތުނަ ބުނެފައިވަނީ "ސިވިލް ކޯޓގު ޤަ ވާއިދު" ކަމަށް އިސްތިއުނާފކުރު ފަރާތުން ބުނާ ޤަވާއިދަކީ ވުޖޫދުގައވި ޤަވާއިދެއްކަނ ނުވަތް އަމަލު ކުރެވޭ ޤަވާއިދެއްކަނ ދައުލަތުން ބެލި ބެލުމުން ސާފު ނުވާކަމަށެވެ. އަދި ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއަށް ޙަވާލާ ދީފައިވާއިރު، އެމާއްދާގައި ބަޔާންކުރަން އިދާރީ ގޮތުން އަޅާފިޔަވަޅެއްގެ ސަބަބުން ޙައްޤަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ، އެކަމެއް ކޯޓަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވާކަމެއް ކަމުގައިވާއިރު، ސިވިލް ކޯޓުގެ ނިންމުން އެ މާއްދާއާ ޚިލާފުވާ ގޮތެއް އިސޮތިއުނާފކުރާ ފަރާތުނު ސާފުކޮށްދީފައި ނުވާކަމަށެވެ.
1.11. މިނުކުތާއަށް ބަލާއިރު، ސިވިލް ކޯޓުގެ ޤަވއިދުގާ ގޮތުގައެ އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދޭ ޤަވާއިދަކީ ކަނޑައެޅިގެން ކޮން ޤވާއިދެއަ ކަމަށް އެނގޭކަށް ނެތެވެ. އިސްތިއުނާފކުރު ފަރާތުން އެޤަވާއިދު މިކޯޓުން ބެލުމަށް ހުށަހަޅާފައެއް ނެތެވެ. ނަމަވެސް، "2011ގެ ޖޫން މަހުގެ 01 އިން 10 އަށް ރިސެސްގެ މުއްދަތުގައި މިކޯޓުގެ ޤާޟީން، މިހާތަނަށް ޑްރާފްޓްކޮށް ނިންމާފައިވާ ޤަވާއިދުގެ ޑްރާފްޓް " މިހެން ލިޔެފައިވާ ސުރުޚީގެ ދަށުން "ޤަވާއިދު ވިދާޅުވުމަށް" މިހެން ލިޔެ ހިމަނާފައިވާ ޕީ.ޑީ.އެފް ފައިލްގައި، "ސިވިލް ކޯޓުގެ ޤަވާޢިދު" މިހެން ބަޔާން ކުރާ ޤަވާޢިދެއް ވެއެވެ. އެހެންކަމުން، title?start=15-from-generate-https://civilcourt.gov.mv/3/index.php/auto (ވަން ތާރީޚް: 28 ޖޫން 2021) ޕޯޓެބަލ ޑޮކިއުމެންޓް ފޯމެޓް. އިސް ތިއުނާފުކުރާ ފަރާތުން ޙަވާލާދޭ ޤަވާޢިދަކީ އެޤަވާޢިދުކަމަށް ބަލާނަމަ، އެޤަވާއިދުގެ 25 ވަނަ މާއްދާގެ (ހ) އޮތީ؛ " ސިވިލް ކޯޓަށް ހުށަހަޅާ މައްސަލައިގައި ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ނުވަތަ ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައިނުވާނަމަ، އެ ކަންކަން ފުރިހަމަކުރުމަށްފަހު، މައްސަލަ ހުށަހެޅުމަށް އެނގޭނެއެވެ. މިގޮތުން ފޯމު ފުރިހަމަކުރުމަށް ދެވޭނީ ސަރުކާރު ބަންދުނޫން 10 (ދިހައެއް) ދުވަހެވެ. މިމުއްދަތުގެ ތެރޭގައި އެކަން ކަން ފުރިހަމަ ކުރުމަށްފަހު ފޯމު ހުށަނާޅައިފިނަމަ، އެ ފޯމު ކެންސަލް ކުރެވޭނެއެވެ . ދެން އެފަދަ މައްސަލަ ބަލައިގަނެވޭނީ އަލުން މައްސަލަ ހުށަހެޅުމުންނެވެ." މިހެންނެވެ. މިމާއްދާގައި ބަޔާން ކުރަނީ، ފޯމު ފުރިހަމަ ކުރުމަށް އެނގޭ އެންގުމެވެ. އެއީ ކޯޓުން ބެލެންނެތް ނުވަތަ ދަޢުވާ ކުރުމުގެ ޙައްޤު ނެތް ނުވަތަ ދަޢުވާއެއް ނުހިމެނޭ މައްސަލައެއްކަން އަންގާ އެންގުމެއް ނޫނެވެ. ވީމާ ޙަވާލާދެވޭ ޤަވާއިދުގެ 25 ވަނަ މާއްދާގެ (ހ) އަކީ ޢަމަލު ކުރަމުންދާ ޤަވާއިދެއްގެ ބައެއް ކަމުގައި ބެލިނަމަވެސް، އެއަކުރުގެ ދަށުން ދޭ އިރުޝާދަކީ ކޯޓަށް މައްސަލަ ބަލައިގަނެ ހުށަހަޅނާ ކަމަށް ދެވޭ އިރުޝާދެއް ނޫނެވެ.
2.11. އަޙްމަދު ނާޡިމް މިމައްސަލަ ފުރަތަމަ ހުށަހެޅިކަމަށް ބަޔާން ކޮށްފައިވަނީ "މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޒަނަށ މައްސަލް ހުށަހަޅަ ފޯމުން" މަދަނީ މަސްއޫލިއްޔަތުގެ ދަށުން ދައުލަތުން ބަދަލު ހޯދުމުގެ މައްސަލައެއްގެ ގޮތުގައި ކަމަށް ބުނެފައިވެއެވެ. ނަމަވެސް ދަޢުވާ ހުށަހަޅާ ފައިވަނީ ރަނގަޅު ފޯމަކުން ނޫންކަމަށާއި އެދަޢުވާ ހުށަހަޅަންޖެހޭނީ އިދާރީ މައްސަލަތައް ބަލާ ޑިވިޒަނަށް "ދަޢުވާ ނުވަތާ މައްސަލަ ހުށަހެޅުން" އެއީ ކޯޓަށް ހުށަހަޅާ ދަޢުވާ ނުވަތަ މައްސަލައިގެ ފޯމްތަކާއި ލިޔުންތައް ކޯޓަށް ބަލައިގަތުމާއި ތަފާތު ކަމެއްކަން ޒަމާނުންސުރ ރާއްޖޭގެ ކޯޓުތަކުން ޢަމަލު ކުރަމުން އަންނަ ގޮތަށް ބެލުމުން އެނގެއެވެ. މިގޮތުން "ދަޢުވާ ނުވަތާ މައްސަލަ ހުށަހެޅުން" ކަމަށް ބަލަމުން އައީ "ދަޢުވާ ނުވަތާ މައްސަލަ ހުށަހަޅާ" ފޮތުގައި (ފޮތުގެނަންބަރު 07) ވަކި މަޢުލޫމާތު ތަކެއް ލިޔެ ރަޖިސްޓްރީކޮށް އެ ދަޢުވާ ނުވަތަ އެ މައްސަލައަކަށް ޤަޟިއްޔާ ނަންބަރެއް ދިނުމަށެވެ. ކޯޓުތަކުގެ ހިންގުމަށް އައިބަދަލާއ ގުޅިގެނި ފޮތްތައް އޭގެ ޒާތުން ބޭނުން ކުރަމުން ނުދިޔަނަމަވެސް ޢަމަލު ކުރަމުން އަންނަ އިޖުރާއަތު އެގޮތުގައި މިހާރުވެސް އޮތްކަމަށް ދެކެމެވެ. މިގޮތުން ކޯޓަށް ހުށަހަޅާ ދަޢުވާ އާއި މައްސަލަތަކުގެ ފޯމް ބަޔާންވެދިޔަ ގޮތަށް ރަޖިސްޓްރީ ކޮށް ޤަޟިއްޔާ ނަންބަރު ދިނުމުގެ ކުރިން ކުރަންޖެހޭ ކަންކަން ފުރިހަމަނުވާނަމަ އިޞްލާޙު ކުރަން އެންގުމަކީ ކުރަމުން އަންނަ ކަމެކެވެ. މައްސަލަ ހުށަހަޅާ ފޯމަކުން ކަމަށް ސިވލި ކޯޓުގް ރަޖިސްޓްރަރ އެންގިކަމަށް ބުނެފައިވެއެވެ. ނަމަވެސް އެއިޞްލާޙުގެ ނަތީޖާއަކީ "ޤަޟާއީ ނިންމުންތަކަކީ އިދާރީ ނިންމުންތަކެއް ނޫންކަމަށް ބުނެ" ހުށަހެޅި ދަޢުވާ ބަލައި ނުގަތުނ ކަމަށް ބުނެފައިވެއެވެ. މިވާހަކަތަށް ނަޒަރު ކުރާއިރު، ސިވިލު ކޯޓުގެ ރަޖިސްޓްރަރ މިމައްސަލަ ބަލައި ނުގަތީ، އިދާރީ މައްސަލަ ބަލާ ޑިވޒަނަށި މިމައްސަލަ ހުށަހެޅުމުން ނޫންކަން ރަޖިސްޓްރަރ ގެ ނިންމުމުން އެނގެން އޮވެއެވެ. އެދަޢުވާ ބަލައި ނުގަތީ، އަޙްމަދު ނާޡިމް ބަދަލު ހޯދުމަށް ކުރާ ދަޢުވާގެ އަސާސް ބިނާ ކުރަނީ ޤަޟާއީ ނިންމުމެއްގެ މައްޗަށް ކަމަށްވާތީ އެވެ. އެހެންކަމުން، މިމައްސަލަ ސިވިލް ކޯޓުގެ މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޒަނަށ ހުށަހަޅް ފޯމަކުން ހުށަހެޅި ނަމަވެސް ނަތީޖާއަކީ ގެއްލުމުގެ ބަދަލު ބިނަ ކ ރ އަސާސު ޤަޟާއީ ނިންމުމަކަށވް މެވެ. އެހެންކަމުން، އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި މިނުކުތާގު ސަބަބުން ސިވިލް ކޯޓުގެ ނިންމމަށު ކުރާން އަސަރެއް ނެތެވެ.
3.11. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގާ 43 ވަނަ މާއްދާގައި ބަޔާން ކުރަނީ ހިންގުމުގެ ދާއިރާއިން އަޅާ އިދާރީ ފިޔަވަޅު )administrative action( ގެ ވާހަކަ ކަމަށްވާތީ، ކޯޓުތަކުން އަޅާ ފިޔަވަޅުތައް އެއީ އިދާރީ ފިޔަވަޅެ އްނަމަ، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާ އެފިޔަވަޅުގެ މައްޗަށް ހިނގާނެއެވެ. ޤާނޫނު ނަންބަރު:2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 60 ވަނަ މައްދާ އަށާއި ސިވިލް ކޯޓުގެ ނަންބަރު:I(U)/2020/21 (05 އޮކްޓބަރޯ 2020) "މައްސަލަ ބަލައިގަތުމާއި ރަޖިސްޓރީކުރުމުގް އުޞޫލު" ގައި ބަޔާން ކުރާ ކަންކަމަށް ބެލުމުން، ސިވިލް ކޯޓުގެ ރަޖިސްޓްރަރ އަކީ ޤަޟާއީ އަދި އިދާރީ )judicial/administration registrar( މަސައްކަތްތައް ކުރާ ފަރާތެއް ކަން އެނގެއެވެ. ވީމާ، ރަޖިސްޓްރރގަ ނިންމުންތަކަކވެސީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއާ އެއްގޮތަށް ކުރިއަށް ގެންދަންޖެހޭ މަސައްކަތްތަކެއް ކަމަށް ދެކެމެވެ. މި ގޮތުން ސިވިލް ކޯޓުގެ ރަޖިސްޓްރަރ ނިންމާ ނިންމުންތައް ކޯޓަށް ހުށަހަޅައިގެން ބެލޭނަ ނިޒާމެއް އެބައޮތެވެ. އެކަން ކޯޓުތަކާބެހޭ ޤާނޫނުގަ 61 ވަނަ މާއްދާއިން އެނގެއެވެ. އަދި އެނިންމުމަކީ އިސްތިއުނާފީ މަރުޙާލައިންވެސް ބެލޭނެ ނިންމުމެއްކަން މިހާރު ކުރިއަށް މިގެންދާ މައްސަލައިންވެސް އެނގެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ނ):
12ރަޖިސްޓްރަރގެ ނިންމުން އަލުން ބެލި ސިވިލް ކޯޓުގެ ނަންބަރު 02/RNA/2019 ނިންމުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 441 (ނ) އަށް ޙަވާލާދީ ދައްކާފައހުރި ވާހަކަތަކާއި، އެމާއިދާއާއި އެއްވެސް ގުޅުމެއް ނެތކަމަށ އަޙްމަދް ނާޡިމް ގެ ފަރާތުން ބުނެފައިވެއެވެ. މިނުކުތާއާއި ގުޅިގެން، ދައުލަތުން ބުނެފައިވަނީ، ސިވިލް ކޯޓުގެ ނިންމުމުގައި ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ނ) އަށް ޙަވާލަދީފއިވަނީ އަޙްމަދު ނާޡިމް ހުށަހެޅި މައްސަލަ އަކީ ދުސްތޫރީ މައްސަލައަކަށް ވާތީ ނޫންކަމަށެވެ. ނަމަވެސް، އެއަކުރުގައި "...ކަމެއް ނުވަތަ ނިންމި ނިންމުމެއްގެ ސަބަބުން އޭގެ ކުރިން ހިނގައިފައިވާ އެއްވެސް ކަމެއް ބާޠިލް ނުވާނެ ކމުގައަ ކަނޑައެޅުން." މިއުޞޫލަށް އަޅާކިޔައި މިދެ ޙާލަތުގައި ހުރި އެއްގޮތްކަން ޤިޔާސްކޮށް، އަޙމަދް ނާޡިމް ހުށަހަޅާފައިވާ މައްސަލައިގައިވެސް ކޯޓުން ނިންމާފައިވާ ނިންމުމެއްގެ ސަބަބުން އޭގެ ކުރިން ހިނގާފައިވާ އެއްވެސް ކަމެއް ބާޠިލު ނުވާނެ ކަމުގައި ބަލަންޖެހޭނެ ކަމަށް ނިންމުން ކަމަށެވެ.
1.12. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގައި "ދުސްތޫރީ މައްސަލައެއް ބެލުމުގައި ކޮންމެ ކޯޓަކަށްމެ، އަންނަނިވި ކަންތައްތަކުގެ ތެރެއިން އެކޯޓއްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންތައްތައް ކުރުމުގެ ބާރު އެ ކޯޓަކަށް ލިބިގެންވެއެވެ." މިހެން ބަޔާނކުރުމަށްފަހު، އެމާއްދާގް
(ހ) ގައި"...ދައުލަތުގެ އިދާރާ އަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ވިޔަސް...އެއީ ބާޠިލު އެއްޗެއް ނުވަތަ ބާޠިލު ކަމެއް ކަމުގައި ކަނޑައެޅުން.." މިފަދައިން ބަޔާންކުރުމާއިއެކު އެމާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން "...ޤާނޫނުއަސާސީއާ ޚިލާފަށާ ކޮށްފައިވް ކަމެއްގެ ސަބަބުން މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުމުގެ ޢަދުލުވެރި އިންޞާފުވެރި ބަދަލު ލިބދިނުމަށްޓަކައި އަމުރުތައް ނެރުން." މިގޮތަށް ބަޔާންކޮށް، އެމައްދާގެ (ނ) ގައި " ...ދައުލަތުގެ އިދާރާއަކުން ނެރުނު އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައޒަފަކ ކުރު ކަމެއް ނުވަތަ ނިންމް ނިންމުމެ އ ބާޠިލްކަމަށް ނިންމާފައިވާ ނިންމުމެއްގެ ސަބަބުން އޭގެ ކުރީން ހިނގައިފައިވާ އެއްވެސް ކަމެއް ބާޠިލް ނުވާނެ ކަމުގައި ކަނޑައެޅުން." މިފަދައިން ބަޔާންކޮށްފައި ވެއެވެ.
2.12. ސުވާލަކީ ޤާނޫނުއަސާސީގެ އާއި ޤާނޫނުގެ ދަށުން އެކަށައަޅާފައިވާ ދިވެހިރާއްޖޭގެ ކޯޓުތައް އެއީ ދައުލަތުގެ އިދާރާގެ ގޮތުގައި ހިމެނޭނެ ހ އްޔެވެ؟ ދިވެހިރާއްޖޭގައި ޢަމަލުކުރާ ބައެއް ޤާނޫނުތަކަށް ބަލާއިރު، ޢަދުލުއިންޞާފު ޤާއިމްކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އިދާރާތައް ދައުލަތުގެ އިދާރާތަކުގެ ތެރެއަށް ވަދެއެވެ. އަޙްމަދު ނާޡިމްގެ ހުށަހެޅި ދަޢުވާ ބިނާވނަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމެއްގެ މައްޗަށް ކަމަށްވާތީ، އެއީ ދައުލަތުގެ އިދާރާއަކުން ނެރުނު އަމުރެއް ނުވަތަ ދައުލަތުގެ މުވައްޒަފަކު ނިންމާފައިވާ ނިންމުމެއްގެ މައްޗަށްކަމަށް ބަލާނަމަ، އެނިންމުން ބާޠިލުކަމަށް ނިންމުމުން އެނިނމް މުގެ ކުރިއަށް ހ ނ ގ ދިޔަ އެއްވެސް ކަމެއް ބާޠިލު ނުވާނެކަމަށް ބުނުމަކީ ޙަޤީޤަތުގައި ކޮށްފައިވާ "ފަނޑިޔާރު ކަމުގެ މަޤާމަކީ، ދައުލަތުގެ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތާއި ޢަދުލު އިންޞާފު ޤާއިމުރ ކުރުމުގު ވާޖިބު އަދާކު ރުމަށްޓަކައި، ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން، ކަނޑައެޅޭ ބަޔަކާ ޙަވާލު ކުރެވޭ މަޤާމެކެވެ." (ޤާނޫނުނަންބަރު:2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރު ންގެ ޤާނޫނު) ގެ 2ވަނަ މާއްދާގެ
(ހ)) ވީމާ، ފަނޑިޔާރުގެއަކީ ދައުލަތުގެ އިދާރާއެއް ކަމުގައި ނުވެ ނުދާނެއެވެ. ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު )ގެ 27 ވަނަ މާއްދާގެ (ޅ). ޤިޔާސްއެއް )analogy( ކަމުގައި ނުވެއެވެ. ނަމަވެސް އެއީ ޙުކުމުގައި އަޞްލު އޮތް ގޮތެވެ. އެއީ ދަށު ކޯޓުގެ ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމި ގޮތުގައި ޤިޔާސްކޮށްގެނ ނެރުން ފަރުޢީ ޙުކުމެއް ނޫނެވެ. އަދި ހަމައެހެންމެ، އަޙްމަދު ނާޡިމްގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމުގެ އަސާސް ބިނާކުރާ އެއްސަބަބަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ފަރުދީ މިނިވަންކަމާއި އަދި މިނޫންވެސް ދުސްތޫރީ ޔަޤީންކަމުގެ ތެރެއިން ބަޔާނކުރް ކަންތައްތަކާއި ޚިލާފަށް ކޯޓަކުން (ދައުލަތުގެ އިދާރާ އަކުން) ނުވަތަ ދައުލަތުގެ މުވައްޒަފަކު (ފަނޑިޔާރުން) ކޮށްފައިވކަމަށ ބުން ކަންތައްތަކެއްގެ މައްޗަށާ ކަމަށްވާތީ، އިޖުރާއީ ގޮތުން ދަޢުވާ ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތަށް )form( ބެލުމުގެ ބަދަލުގައި ދަޢުވާގެ ބަޔާނާއި އަދި ހުށަހެޅި ހުށަހެޅުންތަކުގައި detailed nature of the statements of( )case and the submissions ބަޔާންކުރާ އެއްޗަށް )substance( ބަލައި ދަށު ކޯޓުން ނިންމި ނިންމުމުގައި ޤާނޫނީ ގޯހެއް އޮތްކަމަށް ބުރައެއް ނުވެއެވެ. ޤަޟާއީ ރައްކާތެރިކަން )judicial immunity(:
13ރަޖިސްޓްރަރގެ ނިންމުން އަލުން ބެލި ސިވިލް ކޯޓުގެ ނަންބަރު 02/RNA/2019 ނިންމުން ނިންމާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު C/2010-Cv/1143 )2167/MC/2010( ޤަޟިއްޔާގައި ކަނޑައަޅާފައިނުވާ ކަންތައްތަކެއްގެ މައްޗަށް ރިޢާޔަތްކޮށްގެންކަމަށް އަޙްމަދު ނާޡިމްގެ ފަރާތުން ބުނެފައިވެއެވެ. މިނުކުތާއާއި ގުޅިގެން، ދައުލަތުން ބުނެފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު C/2010-Cv/1143 )2167/MC/2010( ޤަޟިއްޔާއަކީ، ޤާނޫނީ ބާރެއްނެތ ނުވަތި ޤާނޫނާއި ޚިލާފަށް ހައްޔަރުކޮށްގެން ނުވަތަ ބަންދުކޮށްގެން ޤާނޫނުއަސާސީގެ 58 ވަނަ މާއްދާގެ ދަށުން ބަދަލު ހޯދުމަށް އެދި ހުށަހެޅި މައްސަލައެއް ކ މަށެވެ. ނަމަވެސް އަޙްމަދު ނާޡިމް ހުށަހަޅާ މައްސަލައަކީ، ޤާނޫނުއަސާސީގެ 58 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލައެއް ނޫންކަމަށެވެ. އަޙްމަދް ނާޡިމް ހުށަހެޅި މައްސަލަ ބިނކޮށްފައިވަނާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު :A/52-SC/2018 ޤަޟިއްޔާ އާއި އެކޯޓުގެ ނަންބަރު:A/52-SC/2014 ޤަޟިއްޔާގެ މައްޗަށް ކަމަށެވެ. ނަމަވެސް އެދެ ޤަޟިއްޔާއަކީ އަޙްމަދު ނާޡިމް ޤާނޫނާއި ޚިލާފަށް ހައްޔަރުކޮށް ނުވަތަ ބަންދުކުރުމުގެ ސަބަބުން ބަލާފައިވާ ދެމައްސަލަ ނޫންކަމަށާއި އެއީ ޖިނާއީ ކުށެއްގެ މައްސަލަ ކަމަށްވާތީ، ސިވިލް ކޯޓުގެ ނަންބަރު C/2010-Cv/1143 )2167/MC/2010( ޤަޟިއްޔާ އިން ޙަވާލާދޭ އުޞޫލަކީ މިމައްސަލައަށް ތަޠުބީޤު ކުރެވޭނެ އުޞޫލެއް ނޫންކަމަށެވެ.
1.13. އަޙްމަދު ނާޡިމްގެ ފަރާތުން ފާހަގަކުރި ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު C/2010-Cv/1143 )2167/MC/2010( ޤަޟިއްޔާގައި ބަޔާނަ ކުރާ "ޖުޑީޝަލް އިމް އިނިޓީ މަފްހޫމް" އަކީ ސިވިލް ކޓުގޯ ބަޔާންވެދިޔަ ޤަޟިއްޔާގައި ކަނޑައަޅާފައިވާ މަފްޙޫމެއް ނޫންކަމެވެ. ނަމވެސ އެއް އ ދަޢުވާ ރައްދުވި ފަރާތުން ދެއްކި ވާހަކަތަކުގައި ދިފާޢުގެ ގޮތުން ދެއްކި ވާހަކައެއް ކަމަށެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ބަޔާންވެދިޔަ ޤަޟިއްޔާއިން ކަނޑައެޅް އުޞޫލެއްކަމަށްބުނެ އެއުޞޫލަށް ޙަވާލާ ނުދެވޭނެކަމަށެވެ.
2.13. އަޙްމަދު ނާޡިމްގެ ފަރާތުން ބަޔާންކުރާ ނުކުތާއަށް ބަލާއިރު، ސިވިލް ކޯޓުގެ ޙުކުމުގައި "ޖުޑީޝަލް އިމިއުނިޓީ" މަފްހޫމު ޙުކުމުގައި ބަޔާންކޮށްފައިވާކަން ސާފުކޮށް އެނގެއެވެ. ނަމަވެސް އެޙުކުމުގައި އެމަފްހޫމަށް ޢަމަލުނުކޮށް ދޫކޮށްލީ، ސުޕްރީމް ކޯޓުގެ ޙުކުމުގައި "...ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 29 ޖޫން 2010 ދުވަހު ހައްޔަރުކޮށްފައިވަނީ ޤާނޫނުއަސާސީއާއި އެއްގޮތަށްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކަނޑައަޅައިދެވޭނެ އެއްވެސް ޤާނޫނީ އަދި ޝަރުޢީ ހަމައެއްނެތްކަމށް..." ކަނޑައަޅުއްވާފައިވާތީ، "...އެހިނދުގެ ކުރިން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބަންދުގައި ބަހައްޓާފައިހުރި ޝަރުޢީ ކޯޓެއްގެ އަމުރަކުން ކަމަށްވީނަމަވެސް، ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް އެންމެ ފުރަތަމަ ހިނދުން ފެށިގެން ހައްޔަރުކޮށްފައި ހުރީ ޤާނޫނުއަސާސއާއީ ޚިލާފަށް ކަމުގައި ސުޕްރީމް ކޯޓުގެ ނަންބަރު:A/20-SC/2010 ޤަޟިއްޔާ. ބަލަންޖެހޭ..." ކަމަށް ދެކިގެން، ޖުޑީޝަލް އިމިއނިޓު އެހައްޔަރުކުރު މުގެ މައްޗަށް ނުހިނގާނެ ކަމަށާ ދެކެ ގ ނ ކަން ސިވިލް ކޯޓުގް ޙުކުމުގައި ދެން ބޔާނަ ކުރް ޖުމްލައިން ސާފުވެއެވެ. އެޖުމްލާގއި އޮތީ، "މިހެންކަމުން...ސުޕްރީމް ކޯޓުގެ... ޤަޟިއްޔާގެ ޙުކުމް....ކުރުމާއި ހަމައަށް ޢަބްދުﷲ ޔާމީން ޢަބް ދުލްޤައްޔޫމ ހުރް ޤާނޫނީ ޚިލާފަށާ ބަންދުކޮށްފައި ކަމުގައި ބަލަންޖެހޭކަމާއި...." މިހެންނެވެ. މިނުކުތާއާ ގުޅިގެން ޤަޟާއީ ރައްކާތެރިކަން ރާއްޖޭގައި އޮތް ގޮތު ގެ މައްޗަށް ބަލައިގެން މެނުވީ އެއްޗެއް ބުނެވިދާނެ ކަމަށް ނުދެކމެ ވެ.
14ޕްރިސިޑެންސް 6ޤަޟާއީ ރައްކާތެރިކަމަކީ، ފަނޑިޔާރުން ގެ މިނިވަންކަމާއި މުސްތަޤިއްލކަމާއު އަދި ތިންބާރު ވަކިވެފައިވާ ދުސްތޫރީ ނިޒާމެއްގައި ފަނޑިޔާރުންނާއި ފަނޑިޔާރުގެއާއި ގުޅިފައިވާ މަފްހޫމެކެވެ. އެއީ ފަނޑިޔާރުނގް މަސައްކަތާއި ބެހި ނުފޫޒު ފޯރުވުން ހުއްޓުވާލުމުގ ގޮތުނެ އެކަށައެޅިފައިވާ މަފްހޫމެވެ. ލޯޑް ޑެނންގް މިމަފްހޫމި އޮތްގޮތް ބަޔާންކޮށް ދެމުން ބުނެފައިވަނީ؛ “Ever since the year 1613, if not before, it has been accepted in our law that no action is maintainable against a judge for anything said or done by him in the excess of a jurisdiction which belongs to him. The words which he speaks are protected by an absolute privilege. The orders which he gives, and the sentences which he imposes, cannot be made the subject of civil proceedings against him. No matter that the judge was under some gross error or ignorance, or was actuated by envy, hatred or malice, and all uncharitableness, he is not liable to an action. The remedy of the party aggrieved is to appeal to the Court of Appeal or to apply for habeas corpus or a writ of error or certiorari, or take some such step to reverse his ruling. Of course, if the judge has accepted bribes or been in the least degree ސިވިލް ކޯޓުގެ ނަންބަރު:C/2010-Cv/1143 ޤަޟިއްޔާގެ ޙުކުމުގައި. ޤާނޫނުއަސާސީގެ 7 ވަނަ މާއްދާ އަދި 142 ވަނަ މާއްދާގައި. އަދި ޤާނޫނު ނަންބަރު:2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާ ނޫނު)ގެ 20 ވަނަ މާއްދާ، 77 ވަނަމާއްދާ. (ޤާނޫނީ މާއްދާތަކަށް ޙަވާލާދިނުމުގައި އެޤާނޫނަކަށް ގެނެވިފައިވާ އިޞްލާޙަކާއ ގުޅިގެނި ސުމާރ ނަންބަރު ބަދަލު ކޮށްފައިވާނަމަ، ޙަވާލާދެވޭ ނަންބަރު އިޞްލާޙާ އެއްގޮތަށް ބަދަލު ވާނެއެވެ.) ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ)ގައި . corrupt, or has perverted the course of justice, he can be punished in the criminal courts. That apart, however, a judge is not liable to an action in damages. The reason is not because the judge has any privilege to make mistakes or do wrong. It is so that he should be able to do his duty with complete independence and free from fear.” އެހެން ޤައުމެއްގައި، މިމަފްހޫމ އޮތް ކޮންމެ ގޮތަކަށް ކަމަށްވިޔަސް، ޤަޟާއީ ރައްކާތެރިކަމކަ ދިވެހރާއްޖޭގި ޤާނޫނީ ނިޒާމް މިހާރު ބަލައިގެންފައިވާ މަފްހޫމެއް ކަމަށްވާތީ ރާއްޖެއިން ބަލަންޖެހެނީ ފުރަތަމަ ރާއްޖޭގައި އެކަން އޮތް ގޮތަށެވެ. ފަނޑިޔާރަކު އޭނާގެ މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި، ދިން ރައުޔުއަކާގުޅިގެން ނުވަތަ ކުރި އަމުރަކާގުޅިގެން ނުވަތަ ކުރި ޙުކުމަކާގުޅިގެން، ޤާނޫނުއަސާސީއާއި ޤާނޫނުގައި ބަޔާންވެގެންވާ އިސްތިއުނާފުކުރުމުގެ އުޞޫލުތަކުގެ ބޭރުން ނުވަތަ ފަނޑިޔާރުންގެ ޞުލޫކާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށް ޤާނޫނުއަސާސީއާއި ޤާނޫނުގައި ބަޔާންވެގެންވާ އުޞޫލުތަކުގެ ބޭރުން، އެއްވެސް ފަރާތެއްގައި އެ ފަނޑިޔާރަކު ޖަވާބުދާރީއެއް ނުކުރެވޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައި ވެއެވެ.
15އަޙްމަދު ނާޡިމް ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ބިނާ ކުރުމުގައި ބުނެފައިވަނީ އަޙްމަދު ނާޡިމް ބަޔާނކުރް ގެއްލުންތައް ލިބިފައިވަނީ "...ޤާނޫނާއި ޚިލާފު އިޖުރާއަތުތަކެއްގެ މައްޗަށް ދައުލަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެ ކޯޓުގެ ނަންބަރު:A/52-SC/2014 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމެއްގެ ސަބަބުން ކަމަށް ވުމާއެކު...." ކަމަށެވެ. ޙަޤީޤަތުގައި އަޙްމަދު ނާޡިމްގެ މިބުނުން ރައްދުވަނީ ސުޕްރީމް ކޯޓުގެ Sirros v Moore [1975] QB 118 at 132D ޤަޟާއީ ރައްކާތެރިކަން އެއްދުވަސްވަރެއްގައ އޮތި ގޮތް މިނިސްޓްރީ އޮފް ޖަސްޓިސް އިން 11 އޭޕްރީލް 1981 ގައި ޤާޟީންނަށާއި ކޯ ޓު ނަންބަރުތަކަށާއި އަދި ރަށު ކޯޓުތަށް ފޮނުވާފައިވާ ސިޓީ ން ދެނެގަނެވެއެވެ. އެހެނީ، "ޤާޟީ ން މައްސަލަތައް ނިންމެވުމުގައި ހަމައެކަނި ޤަޞްދުގައި ނުރަނގަޅު ގޮތަކަށް ނުނިންމެވި ނަމަވެސް އެމައްސަލައެއް ބަލަންވީ ވަރަށް ނުބައްލަވާ ނިންމަވައިފިނަމަ މައްސަލަ ނިންމެވި ޤާޟީއަކު އެކަމުގައި ޒިންމާވާން ޖެހވަޑައިގަންނަވާނި ކަމަށާއި ކޮންމެ ޤާޟީއަކުވެސް މައް ސަލަތަ އ ނިންމަވަންވާނީ ބައްލަވަންވީ ވަރަށް ރަނގަޅަށް ބައްލަވާފައި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރއްޔާގި އޮފީހުން އަންގައިފިއެވެ ." މިހެން ސިޓީއަކުން އަންގާފައި އޮވެއެވެ. (މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު:81/6 (11 އޭޕްރީލް 1981) (ރައީސުލްޖުމްހޫރިއްޔގެ އޮފީހުގެ ނަންބަރު:-1 F/21/81/108 ސިޓީއާގުޅޭ).ސިޓީ.) ނަމަވެސް މިއުޞޫލު މިހާރަކު ނެތެވެ. ޤާނޫނު ނަންބަރު: 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ) 9 ވަނަ މާއްދާގައި. ނަންބަރު:A/52-SC/2014 ޤަޟިއްޔާ ބެލި ފަނޑިޔާރުން ޙުކުމް ކުރި ގޮތުގެ މައްޗަށެވެ. އެހެންކަމުން، މިމޭރުމުން ކުރާ ދަޢުވާއެއް ސިވިލް ކޯޓަށް ބަލައިނުގަތުމަށް ނިންމާފައިވަނކަން އެނގެއެވެ. ސިވިލް ކޯޓުގެ ނަންބަރު: C/2010-Cv/1143 )2167/MC/2010( ޤޟިއްޔަ އާއާ ގުޅޭ:
16ސިވިލް ކޯޓުގެ ނަންބަރު C/2010-Cv/1143 )2167/MC/2010( ޤަޟިއްޔާގެ ޙުކުމަށް ރަނގަޅަށް ރިޢާޔަތްކޮށްފައިނުވާކަމަށްބުނެ އަޙްމަދު ނާޡިމްގެ ފަރާތުން ހުށަހެޅި މިނުކުތާއާއި ގުޅިގެންވެސް ދައުލަތުން ތަކުރާރު ކޮށްފައިވަނީ ސިވިލް ކޯޓުގެ ޙަވާލާދެވޭ ޤަޟިއްޔާ އެއާ ގުޅިގެނި ދައުލަތުން ކުރިން ދެއްކި ވާހަކަތަކެވެ.
1.16. ސިވިލް ކޯޓުގެ ނަންބަރު:C/2010-Cv/1143 )2167/MC/2010( ޤަޟިއްޔާއަށް އެކޯޓުން ރ ނގަޅަށ ރިޢާޔަތް ކޮށްފައިނުވާ ސަބަބެއިކަމަށ އަޙްމަދް ނާޡިމްގެ ފަރާތުން ބުނަނީ، ސިވިލް ކޯޓުގެ ޙަވާލާދެވޭ ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވާ "އެހިނދު" މިބަސް ނިސްބަތް ކުރަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: A/20-SC/2010 ޤަޟިއްޔާގެ ޙުކުމް ކުރި ހިނދަށް ކަމަށްވެފައި، ސިވިލް ކޯޓުގެ ޙަވާލާދެވޭ ޤަޟިއްޔާއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިދެންނެވި ޤަޟިއްޔާގެ ޙުކުމް ކުރި ވަގުތުން ފެށިގެން އޭގެ ކުރިން ހިނގާ ދިޔަ ކަންކަން "އެހިނދުން ފެށިގެން ބާޠިލު" )void ab initio( ވެފައިވާކަމަށް ބަލައިގެންފައިވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: A/52-SC/2014 ޤަޟިއްޔާގެ ޙުކުމް، ބާޠިލކަމަށު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:A/52-SC/1820 ޤަޟިއްޔާއިން ކަނޑައަޅާފައިވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:A/52-SC/2014 ޤަޟިއްޔާއާއި ގުޅިގެން ހިނގާދިޔަ ކަންކަން "އެހިނދުން ފެށިގެން ބާޠިލު" )void ab initio( ވެފައިވާކަމަށް، އަޙްމަދު ނާޡމި ގ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ސިވިލް ކޯޓުން ބަލާފައި ނުވާތީއެވެ.
2.16. އެހެންވެ، އަޙްމަދު ނާޡިމް ގެ ފަރާތުން ބުނެފައިވަނީ، ސިވިލް ކޯޓުން ކުރިން ނިންމާފައިވާ ނިންމުމަކާއި ޚިލާފަށް އެކޯޓުން ފަހުން ނިންމި ނިންމުމަކީ ސްޓެރި ޑިސައިސިސް )stare decisis( އުޞޫލާއި ޚިލާފަށް ނިންމި ނިންމުމެއް ކަމަށެވެ. ސްޓެރި ޑިސައިސިސްގެ އުޞޫލު:
17ޕްރިސިޑެންސް 7މިނުކުތާގައި އަޙްމަދު ނާޡިމްގެ ފަރާތުން ފާހަގަކުރި ކަންކަމަށް ބާލާއިރު، ޑޮކްޓްރިން އޮފް ޕްރެސީޑެންޓް )doctrine of precedent( އެމައްޗަށް ބިނާވާ ސްޓެރި ޑިސައިސިސގް އަސާސަކީ، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ޤަޟާއީ ނިންމުންތަކަކީ ތަންފީޒީ ބާރު ލިބިގެންވާ އަދި ޤާނޫނީ ޚާއޞިއްޔަތު އޭގެ ޒާތުގައް ލިބިފައިވާ ދަށު ކޯޓުތަކުން ތަބާވާންޖެހޭ ނިންމުނތަކަކަށް ވުމެވެ. ޤަޟާއީ ނިންމުންތަކުގެ ތެރެއިން ތަބާވާންޖެހުން ބިނާވެގެންވަނީ ކޯޓުތައް ތަރުތީބު ވެގެންވާ ގޮތުގެ މައްޗަށެވެ. އެއީ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު ކޯޓުތަކުން ތަބާވާންޖެހުމެވެ. އޭގެ އިދިކޮޅެއް ނޫނެވެ. ފަނޑިޔާރެއްގެ ނިންމުމުގައި ހިމެނޭ ކަންކަމުގެ ތެރެއިން، ތަބާވަންޖެހޭ ހުއްޖިއްޔަތު ލިބިފައިވަނީ، ހަމައެކަނި އެނިންމުން ބިނާކުރި އުޞޫލު ( ratio decidendi) އަށެވެ. މަތީ މަރުޙާލަގެ ކޯޓެއްގެ ނިންމުމަށް ޤާނޫނީ ޚާއޞިއްޔަތް ލިބުމާއި އެއަށް ތަބާވުމަކީވެސ މިނިވަން ދެ މަފްހޫމެކެވެ. މިސާލަކަށް؛ ހައިކޯޓުގެ ނިންމުންތަކަކީ ޤާނޫނީ ޚާއޞް އްޔަތު ލިބިފައިވި ނިންމުން ތަކެކެވެ. ނަމަވެސް ހައިކޯޓުގެ ނިންމުންތަކަށް ހައިކޯޓަށްވުރެ މަތީ ކޯޓަކަށް ތަބާވާކަށް ނުޖެހޭނެއެވެ. އުޞޫލީ ގޮތުން ބަލާއިރު، ސްޓެރި ޑިސައިސިސްގެ މައްޗަށް ނިޒާމެއް ބިނާކުރުމުގައި އަސާސީ ދެ ޝަރުޠެއް )stare decisis et non quieta movere( ކުރުކޮށް ބޭނުންކުރަނީ ”stare decisis‘ މިހެންނެވެ. މާނައަކީ މައްސަލަތައް ނިންމުމުގައި ކަނޑައެޅުނު އަސާސް ތަކުގައި ހިފުމާއި އެސާސްތައ ބަދަލުކޮށް ނުހެދުނ ކަމުގައް ބުނެވިދާނެއެވެ. ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) " ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމްކޯ ޓަށާއި، ހައިކޯޓަށާއި، އަދި ޤާނޫނަކުން ކަނޑައަޅައިފައިވާ ދަށު ކޯޓު ތަކަށެވެ." މިނައްޞަށް ބަލާއިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ތަރުތީބު ޤާނޫނުއަސާސީން ކަނޑައެޅިފައިވާ ކަން ސާފު ކޮށް އެނގެއެވެ. ތިރިނ މައްޗަށް ބަލާއިރު، ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓަކީ ސުޕްރީމް ކޯޓެވެ. ސުޕްރީމް ކޯޓާއި ޖެހިގެން ތިރިއަށް ހައިކޯޓެވެ. ދެން ދަށު ކޯޓުތަކެވެ. Osborne v Rowlett (1880) 13 ChD 774 at 785. ފުރިހަމަ ވާންޖެހެއެ ވެ. އެއީ، (1) ކޯޓުތަކުގެ ތަރުތީބު ކަނޑައެޅި ބަޔާނަ ވެފައިވުން. އަދި (2) ޤަޟިއްޔާ ނިމުނު ގޮތް އިތުބާރު ހުރި ގޮތަށް ރިޕޯޓް ކުރެވެމުން ދިއުމެވެ.
18ޤަޟާއީ ނިންމުންތަކުގެ ތެރެއިން ތަބާވުމުގެ ހުއްޖިއްޔަތު ލިބޭ ނިންމުންތަކަކީ ދިވެހިރާއްޖޭގައި ހަމައެކަނި ހައިކޯޓާއި ސުޕްރީމް ކޯޓުގެ ނިންމުނތަކް ވެ. ޤަޟާއީ ނިންމުންތަކަށް ތަބާވުމުގެ މިއުޞޫލު ހަމަޖެހިފައިވާ ގޮތަކީ، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވުމެވެ. އެއްދަރަޖއިގެ ބާރަ ލިބިފައިވާ ކޯޓުތަކުގެ ނިންމުންތަކުގައި ތަޢާރުޟު ވުމެއް އޮވެފައި، ފަހުގެ ނިންމުމަކީ ކުރީގެ ނިންމުމުގެ މައްޗަށް ފުރިހަމައަށް ބެލިގެން ނިންމާފައިވާ ނިންމުމެއްނަމަ، އިސްކަން ދޭންޖެހޭނީ ފަހުގެ ނިންމުމަށެވެ. އެއް ވާޤިޢާއެއް ހިމެނޭ މައުޟއެއްގައޫ މަތީމަރުޙަލާގެ ކޯޓުން ކުރިން ނިންމި ނިންމުމަކީ އެކޯޓގ ފަހުގެ ނ ންމުންތަކުގައި ބަލައި ރިޢާޔަތް ކުރަންޖެހޭ ނިންމު ންތަކެއ ކަމުގައް ދެކެމެވެ. މިއުޞޫލުން ކުރިއަށް ގެންދާއިރު، ހައިކޯޓުގެ ދެ ނިންމުމެއް ތަޢާރުޟުވާ ޙާލަތުގައި، ހައިކޯޓުގެ ފަހުގެ ނިންމުމުގައި އެކޯޓުގެ ކުރީގެ ނިންމުމަށް ތަބވެފައާ ނުވުމަކީ ހެދިފައިވާ ގޯހެއް ކަމުގައި ޤަބޫލު ނުކުރެވޭނަމަ، ތިންވަނަ މައްސަލަ ނިންމާ ފަނޑިޔާރު ތަބާވާނީ ހައިކޯޓުން ނިންމި ފަހުގެ ނިންމުމަށެވެ. ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދ ކުރުމުގެ ތެރޭގައި ރިޢާޔަތު ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ހުށަހެޅިފައިވާ ހެކި ޤަރީނާތަކުގެ އިތުރަށް އެ މައްސަލައާ އެއްފަދަ އެހެން މައްސަލައެއްގައި އެ ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތް ކުރަންޖެހޭތީ، ކޮންމެ ކޯޓަކުންވެސް އެކޯޓަކުނ ކުރިން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން އެއްގޮތް މައްސަލަތަކާމެދު އެއްގޮތަކަށް ޢަމަލު ކުރަމުން ގެންދިއުމަށް ސަމާލުކަންދޭނ ޖެހޭކަމަށް ދެކެމެވެ. މިހެންކަމުން އެއް ވާޤިޢާއއ ހިމެން މައުޟ އެއްގައޫ އކޯޓުނެ ކުރިން ނިންމި ނިންމުމަކީ ރިޢާޔަތް ކުރަން ޖެހޭނެ ނިންމުމެއކަމުގައް ވާނެއެވެ. ނަމަވެސް ޖުޑީޝަލް ދިވެހިރާއްޖޭގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ޤަޟިއްޔާތައް ސްޓެރި ޑިސައިސިސ ބޭނުމަށް ތަރުތީބުވެގެން "ރިޕޯޓް" ކުރެވޭ ކަމާއިމެދު ސުވާލު އުފެއްދުމުގެ ފުރުޞަތު އެބައޮތެވެ. Minister of Pensions v Higham [1948] 2 KB 153, [1948] 1 All ER 863. Colchester Estates (Cardiff) v Carlton Industries plc [1984] 2 All ER 601. ޕްރެސީޑެންޓްގ މަފްހޫމުގެ ތެރެއިން ދަށު ކޯޓުން ދަށު ކޯޓުގެ ކުރީގެ ނިންމުންތަކަށް ތަބާވުން ލާޒިމު ކަމަށް ބުނުމަކީ ރނަ ގަޅު ބުނުމެއް ނޫނެވެ.
19ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 314 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކުރާ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނކަމަށް ބަޔާންކުރެ އުޞޫލު ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުން ބަލައިގެންފއިވަ ނ މަތީގައި ބަޔާންކުރެވުނު އުޞޫލުތަކުގެ މައްޗަށް ކަމަށް ބުރަވެވޭތީ، ދިވެހިރާއްޖޭގއިވެސް ތަބާވާންޖެހޭ ޤާނޫނީ ޚާއަޞިއްޔަތު ލިބިގެންވާ ނިންމުންތައް ނިންމާ ފުރަތަމަ ކޯޓަކަށްވާނީ ދިވެހިރާއްޖޭގެ ކޯޓުތައް ޤާނޫނީ ގޮތުން ތަރުތީބު ކުރެވިފައިވާ ގޮތަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓެވެ. މިއުޞޫލުން ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު:C/2010-Cv/1143 )2167/MC/2010( ޤަޟިއްޔާގެ ޙުކުމަކީ ސިވިލް ކޯޓުން އެޙުކުމަށް ތަބާވުން ލާޒިމވާން ޙުކުމެއް ނޫނެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއް ދާގެ (ރ) ގައި ބަޔާންކުރާ މަފްހޫމަކީ، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވުމުގެ މަފްހޫމެވެ. ނަމަވެސް ދަށު ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ވާޤިޢާތަކާއި ޤާނޫނީ ނުކުތާތައް އެއްގޮތް ވުމުގެ ސަބަބުން ނުވަތަ އެނޫންވެސް އެއްގޮތް މައްސަލަތަކުގައި އެއްގޮތަކަށް ޢަމަލު ކުރަމުން ދިއުމަކީ ކުރިން ބުނިހެން ޢަދުލު އިންޞާފު ހަރުދަނާކުރުމުގ ގޮތުނެ އަމަލުކުރުން ރަނގަޅު ގޮތް ކަމަށް ދެކެމެވެ. އެ މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެއްގޮތަކަށް ޢަމަލު ކުރުމަކީ ދިވެހިރާއްޖޭގައި ބަލައިގެންފައިވާ ޤާނޫނީ ހަމައެވެ. ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) އަދި ޤާނޫނު ނަންބަރު:2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު). ޤާނޫނު ނަންބަރު: 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނުގެ) 5ވަނަ މާއްދާގަ (ށ). އަޙްމަދު ނާޡިމް ސިވިލް ކޯޓަށް ހުށަހެޅި ބަދަލު ހޯދުމުގެ މައްސަލަ:
20ޕްރިސިޑެންސް 8ސުޕްރީމް ކޯޓުގް ނަންބަރު:A/20-SC/2010 ޤަޟިއްޔާ އާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު :C/2010-Cv/1143 )2167/MC/2010( ޤަޟިއްޔއިނާ ޢަބްދް ﷲ ޔާމީން ޢަބދުލްޤައްޔޫމަށް ބަދަލު ނަގައިދީފައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:A/52-SC/2014 ޤަޟިއްޔާގެ ޙުކުމުގެ ސަބަބުން އަޙްމަދު ނާޡިމްއަށް ލިބިފައިވާ އެންމެހައި ގެއްލުމަކަށް ދައުލަތުން ޒިންމާވެ ބަދަލު ދޭންޖެހޭނެކަމަށް އަޙްމަދ ނާޡިމް ބުނެއެވެ. އެހެންކަމުން ސިވިލް ކޯޓަށް އެކޯޓުން ނަންބަރު:C/2010-Cv/1143 )2167/MC/2010( ޤަޟިއްޔާ ބަލައިގަތް ފަދައިން، އަޙްމަދު ނާޡިމް ސިވިލް ކޯޓަށް ހުށަހެޅި ބަދަލު ހޯދުމުގެ މައްސަލަވެސް ބަލައި ގަންނަންޖެހޭ ކަމަށް ބުނެފައިވެއެވެ.
1.20. މިނުކުތާއަށް ބަލާއިރު، އަޙްމަދު ނާޡިމް ހުށަހެޅި މައްސަލަ ސިވިލް ކޯޓަށް ބަލައި ނުގތުމަށް ސިވިލަ ކޯޓުގެ ރަޖިސްޓްރަރ އަދި ރަޖިސްޓްރަރގެ ނިންމުން އަލުން ބަލައި އެކޯޓުގެ އިސްޤާޟި ނިންމި ނިންމުންވެސް ބިނާވާ މައިގަނޑު ސަބަބަކީ އަޙްމަދު ނާޡމިއަށް "ސުޕްރީމް ކޯޓުގެ ނަންބަރު:A/52-SC/2014 ޤަޟިއްޔާގެ ޙުކުމުގެ ސަބަބުން ލިބިފައިވާ ގެއްލުން ކަމަށް ބާޔާންކުރާ ކުރުމެވެ. އެހެންވެ، އަޙްމަދު ނާޡިމް ކުރާ ދަޢުވާއަކީ ޤަޟާއީ ރައްކާތެރިކަން judicial( )immunity މި މަފްހޫމުގެ ދަށުން ކުރެވޭނެ ދަޢުވާއެއް ނޫންކަމާއު އަދި އެފަދަ ދަޢުވާއެއް ބެލުމުގެ އިޚްތިޞާޞވެސް ނެތްކަމަށް ސިވިލް ކޯޓުގް ރަޖިސްޓްރާރ އަދި އިސްޤާޟީ ނިންމީކަން އެނގެއެވެ.
2.20. ސުޕްރީމް ކޯޓުގެ ނަންބަރު:A/20-SC/2010 ޤަޟިއްޔާ އާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު: C/2010-Cv/1143 )2167/MC/2010( ޤަޟިއްޔާ އިން ޢަބދް ﷲ ޔާމީން ޢަބދުލްޤައްޔޫމަށް ބަދަލު ދޭން ނިންމި ނިންމުމާއި އަޙްމަދު ނާޡިމް ދަޢުވާ ބިނާ ކުރާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:A/52-SC/2014 ޤަޟިއްޔާ އާއި އެކޯޓުގެ ނަންބަރު:A/52-SC/2018 ޤަޟިއްޔގާ ޙަޤީޤަތްތައް ތަފާތެވެ. އެހެންކަމުން އެދެމައްސަލައަކީ އަޅާ ކިޔޭނެ ދެމައްސަލަ ކަމުގައި ނުދެކެމެވެ. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެމައްސަލައަކީ ޝަރީޢަތުގެ ކުރިން ހައްޔަރުކޮށް ބަންދު ކުރި ކުރުމާއި ގުޅޭ މައްސަލައަކަށް ވާއިރު، އަޙްމަދު ނޡާ މްގެ މައްސަލައަކީ ޝަރީޢަތުން ކުރި ޙުކުމަކާއި ގުޅިފައިވާ މައްސަލައެކެވެ. މަދަނީ ގެއްލުން )Tort( ތަކަށް ބަދަލު ނަގައިދިނުން:
21މަދަނީ ގެއްލުންތަކަށް ބަދަލު ނަގައިދިނުމަކީ، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ބަލައިގެންފައިވާ ކަމކެ ވެ. ޤާނޫނީ ބާރެއްނެތ ނުވަތި ޤާނޫނަ ޚިލާފަށާ މީހަކު ހައްޔަރުކޮށްފިނަމަ )unlawful arrest(، ނުވަތަ ބަންދުކޮށްފިނަމަ، )detention unlawful( އެ ކަމުގެ ބަދަލު ލިބިދޭންޖެހޭ އުސޫލު ބަލައިގެންފައިވެއެވެ. މީހަކު ހައްޔަރުކޮށްފައިހުރީ ނުވަތަ ބަންދުކޮށްފައިހުރ ޤާނޫނީ ޚިލާފަށާ ކަމަށް ކޯޓަކުން ކަނޑައަޅައިފިނަމަ، އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު، އޭނާ ބަންދުކުރި ފަރާތުގެ ކިބައިން ލިބިދިނުމަށް އެދި ޝަރީޢަތަށް ހުށަހެޅުމުގެ ޙައްޤު އޭނާއަށް ލިބިގެންވެއެވެ. އަދި ޤާނޫނުއަސާސީއާ ޚިލާފަށް ކޮށްފައިވަ ކަމެއްގެ ސަބަބުން މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމުގެ ޢަދުލުވެރި އިންޞާފުވެރި ބަދަލު ލިބިދިނުމަށްޓަކައި އަމުރުތައް ނެރުމުގެ ބާރު ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާ ގޮތުގެ މަތިން ކޯޓުތަކަށް ލިބިދީފައިވެއެވެ. އަދި ހަމަ އެހެންމެ، ޢިއްޒަތާއި އަބުރު ރައްކާތެރި ކުޅައުމާމެދު 8 ރަބީޢުލްއާޚިރު 1352 ގައި ފާސްކުރެވުނު ޤާނޫނުގެ 1، 2، 3 ވަނަ މާއްދާގައި " ޖޫރިމަނާ ކުރައްވާއި އެޖޫރިމަނާގެ ދެބައިކުޅަ އެއްބައި އިހު ބުނިމަގުނ ދައުލަތަށް ހިއްޕަވައި، އަނެއްގައި އެގެއްލުންވީ މީހަކަށް ނުވަތަ ބަޔަކަށް ލިބިދެވޭނެއެވެ." މިފަދައިން އޮންނަ އޮތުމުން، ލޯ އޮފް ޓޯޓްގެ ޑިޕަމޭޝަން އަދި ލިބެލް ފަދަ މަދަނީ ކުށްތަކަށް ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އުޞޫލު އޮތްކަމަށް ބެލެވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:A/05-SC/2016 (އަޙްމަދު އިޙްސާން ވ. ދައުލަ ތ) މިމައްސަލައިގައި މެޑިކަލް ނެގްލިޖެންސްއަށ ބަދަލް ނަގައިދީފައިވާއެވެ. ޤާނޫނުއަސާސީގެ 58 ވަނަ މައްދާގައި. ޤާނޫނުއަސާސީގެ 58 ވަނަ މާއްދާގައި ބަޔާން ކުރާ ބަދަލު ނަގައިދިނުމުގެ އުޞޫލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:A/83-HC/2016 ޤަޟިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައި ބަޔާން ކޮށްފައިވެއެވެ. ޤާނޫނު ނަންބަރު:2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) 210 ވަނަ މާއްދާގެ (ހ) ގައި. ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައި. ސަރުކާރުގެ ކޮންމެ މުވައްޒަފަކުވެސް އެމީހެއްގެ އިހުމާލުން ގެއްލުމެއް ވެއްޖެނަމަ އެކަމެއްގެ ޒިންމާ އުފުލަނި ވާނެކަމަށް ބަޔާންކުރެވިފައިވެއެވެ. ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދ(ތައް) :
22ޕްރިސިޑެންސް 9ދިވެހިރާއްޖޭގެ އިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ތެރެއިން، އައި.ސީ.ސީ.ޕީ. އާރު އަށް ޙަވާލާދީ، އެ މުޢާހަދާގެ 14 ވަނަ މާއދާގް 6 ވަނަ ނަންބަރުގައި ބަޔާންކުރާގޮތުން، އަޙްމަދު ނޡާ މްއަށް ބދަލަ ހޯދުމުގެ ޙައްޤު ލިބިދޭކަމަށް ބުނެފައިވެއެވެ. ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކަށް ކޯޓުތަކުން ރިޢާޔަތޯ ކުރަންޖެހެއެވެ. ނަމަވެސް ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާގޮތުގެ މަތީންނެވެ.
23ޕްރިސިޑެންސް 10ބަޔާންވެދިޔަ މުޢާހަދާގެ 14 ވަނަ މާއްދާގެ 6 ވަނަ ނަންބަރުގައި އޮތީ؛ “When a person has by a final decision been convicted of a criminal offence and when subsequently his conviction has been reversed or he has been pardoned on the ground that a new or newly discovered fact shows conclusively that there has been a miscarriage of justice, the person who has suffered punishment as a result of such conviction shall be compensated according to law, unless it is proved that the non-disclosure of the unknown fact in time is wholly or partly attributable to him.” ޤާނޫނު ނަންބަރު: 68/1ޖ (އޮފިޝަލް ކަންތައް ޗެޕްޓަރ 1)ގެ 9 ވަނަ މާއްދާ . އިންޓަނޭޝަނަލް ކޮވެނަންޓ އޮން ސިވިލް އެންޑް ޕޮލިޓިޖަލް ރައިޓްސް ؛ ދިވެހިރާއްޖެއިން މިމުޢާހަދާއަށް ވަދެފައިވަނީ 19 ސެޕްޓެމްބަރު 2006 ގައި. އަދި އައި.ސީ.ސީ.އާރުގެ މިމާއްދާއެކޭ އެއްފަދައިން ރޯމް ސްޓެޓިއުޓ އޮފް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް ގެ8 ވަނަ ބައިގެ 85 ވަނަ މާއްދާގައިވެސް މިއުޞޫލު ބަޔާން ކޮށްފައި ވެއެވެ. ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި. ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި. މިފަދައިންނެވެ. މިމާއްދާއަށް ބަލާއިރު، އިސްތިއުނާފީ ކޯޓަކުން ޙުކުމް "ބަދަލު ކުރުން" އޭގެ ޒާތުގައި ގެއްލުމުގެ ބަދަލު ލިބިދޭންޖެހޭ ކަމެއް ކަމުގައި ނުވެއެވެ. ޤާނޫނީ އިސްތިލާޙުގައި ދަށު ކޯޓުގެ ޙުކުމެއް މަތީ މަރުޙަލާގެ ކޯޓަކުން ”reverse“ ކޮށްލުމުގެ ނަތީޖާތައް ތަފާތު ގޮތްގޮތަށާ ނިކުމެދާނެއެވެ. ޢާންމު އުޞޫލުން ދަށު ކޯޓުގެ ޙުކުމް މަތީމަރުޙަލާގެ ކޯޓަކުން ރިވާރސްކޮށްފިނަމަ، ދަށު ކޯޓުގެ ޙުކުމަކީ އެއްވެސް ގޮތަކުން ބާރެއް ނުވަތަ އަސަރެއް އުފައްދާނެ ޙުކުމެއް ކަމުގައި ނުވެއެވެ. ނަމަވެސް، ދަށުކޯޓުގެ ޙުކުމް ބިނާކުރި ނުކުތާ ފިޔަވައި މުޅިން އެހެން ނުކުތާއެއްގެ މައްޗަށް ބިނާކޮށް ދަށު ކޯޓުގެ ޙުކުމް މަތީ މަރުޙަލާގެ ކޯޓަކުން ބަދަލުކޮށްފިނަމަ، ދަށު ކޯޓުގެ ޙުކުމުގެ ބާރު ނުވަތަ އެޙުކުމުގެ އަސަރު މުޅިން ނެތިގެން ދާނެކަމާމެދު ހިޔާލު ތަފާތެވެ. ހުށަހެޅިފައިވާ މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙކުމެއު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެހެން ޙުކުމަކުން ބާޠިލު ކަމަށް ކަނޑައެޅި ކަނޑައެޅުމެއްގެ މައްޗަށް ބިނާވާ މައްސަލައެކެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ބާޠިލުކޮށްފައިވަނީ އިޖުރާއީ ނުކުތާއެއްގެ މައްޗަށް ބިނާކޮށް ކަމަށްވާތީ، މި ބާވަތުގެ ބަދަލު ހޯދުމުގެ މައްސަލައަކާއި ގުޅިގެން، ސާފުވާންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ޚާއްޞަކޮށް މިފަދަ ޙާލަތްތަކުގއަ ބަދަލު ދޭނެ ގޮތުގެ ޤާނޫނެއް އޮންނަންޖެހޭ ކަން މަތީގައިވާ މާއްދާއިން ވެސް އެނގެއެވެ. ޤާނޫނާއި އެއްގޮތަށް ބަދަލު ދެވޭނީ މިފަދަ ޙާލަތްތަކުގައި ބަދަލު ދެވޭނެ ގޮތެއް ޤާނޫނެއްގައި ކަނޑައަޅާ ބަޔާންކޮށްގެންނެވެ. 37 36 35 ދުނިޔޭގެއެހެނ ބައެއް ޤައުމުތައް ކަމުގައިވާ، އިގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، W. J. H. v. the Netherlands No. 408/1990 [45] "ޕްރޮސިކިއުޝަން އޮފް އޮފެންސެސް އެކްޓް 1985" ގެ 23 ވަނަ މާއްދާގައި ދަށުން ޖިނާއީ މައްސަލަ ހިންގުމުގައި ހިގާ ޚަރަދު ލައްވާނީ ގޮތެ އަދި ގެއްލުމުގެ ބަދަލު ލިބިދޭން ގޮތެ އެޤާނޫނުގައި ބަޔާން ކޮށްފައިވެއެވެ. ފަރަންސޭސި ކޑޯ އޮފް ކްރިމިނަލް ޕްރޮސީޖަރ ގެ 149 ވަނަ މާއްދާ އާއި 626 ވަނަ މާއްދާ ޖިނާއީ މައްސަލަތަކުގެ ޚަރަދު ލައްވާނެ ގޮތް އަދި ގެއްލުމުގެ ބަދަލު އަދި ކޮމްޕެންސޭޝަން ފޯ ޕްރީ ޓްރައިލް ޑިޓެންޝަން ގައި ޢަމަލު ކުރާނެ ގޮތް ބަޔާން ކުރެއެވެ. ޖަރުމަނުގެ ކޯޑް އޮފް ކްރިމިނަލް ޕްރޮސީޖަރގެ ސެކްޝަން 467 ގައި ބަދަލު ދިނުމާގުޅޭ އުޞޫލުތައް ބަޔާންކު ރެއެވެ. އަދި ހަމައެކަނީ އިޖުރާއީ ގޯހެއްގެ ސަބަބުން ދޫވެގެންދާ މުއްތަހަމުންނަށް ބަދަލު ދިނުމެއް ނެތްކަމާއި ހަމަ އެހެންމެ، އޭނާ އަމިއްލައަށް އޭނަކީ ކުށްވެރިއެއްކަމަށް ދެއްކުމުގެ ސަބަބނުކުށްވެރިވާކަމަށް ކަނޑައެޅި ނަމަވެސް ފަހުން އެކަން ނަފީކުރެވިގެންދާ ޙާލަތްތަކުގައި ބަދަލު ދިނުމެއް ނެތް ކަމަށް ބަޔާންވެގެން ވެއެވެ. 41 40 39 38 އޮސްޓްރިއާ، ނޯވޭ، ހޮންކޮންގް، ނިއުޒިލޭންޑް އަދި މިނޫންވެސ ގިނަ ޤްއުމުތަކުގއ މިޙާލަތުގައި ބަދަލަ ދެމުން އަންނަނީ އެކަށައެޅިފައިވާ ޤާނޫނީ ނިޒާމެއްގެ ތެރެއަށް އެކަން ފައްތައި ގެން، ހިފެހެއްޓުންތަކެއް ބަޔާންކުރެވިގެނނެވެ.
24ބޭއިންޞާފުނ ކުށް ސާބިތުކޮށް ޖަލަށް ލުމުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ބަދަލު ނަގައިދިނުމުގައި އެމެރިކާގައި ޢަމަލު ކުރަމުން އަންނަ ޤާނޫނު އަށް ބަލާއިރު؛ "ކޯޑް އޮފް ފެޑަރަލް ކުލެއިމްސް" ގެ އިޚްތިޞާޞް ލިބިގަތުމުގެ ގޮތުން އެޤާނޫނުގެ 2513 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތައް އެ ދަޢުވާކުރާ މީހަކު ފުރިހަމަ ކުރަންޖެހެއެވެ. އެމާއްދާ އަށް ބަލާއިރު އެމާއްދާގައި ބަޔާންކުރަނީ؛ (a) Any person suing under section 1495 must allege and prove that: (1) His conviction has been reversed or set aside on the ground that he is not guilty of the offense of which he was convicted, or on new trial or rehearing he was found not guilty of such offense, as appears from the record or certificate of the court setting aside or reversing such conviction, or that he has been pardoned upon the stated ground of innocence and unjust conviction and ކޯޑު އޮފް ކުރިމިނަލް ޕްރޮސީޖަރ ގެ 393A ގެ ދަށުން، ބަދަލު ނަގައިދިނުމުގެ އުޞޫލު ޖ ރުމަނުވިލާތާއި ދާދި އެއްގޮތް . އަދި ޖިނާއީ ދަޢުވާގެ ޝަރީޢަތުގެ މަރުޙާލާގައި ބަންދުގައި ހުންނަ މީހާ، ކުށް ސާބިތު ނުވާކަމަށް ވެގެން ދޫކޮށްލާ ހާލަތުގައި "ކްރިމިނަލް ޕްރޮސީޑިންގ ކޮމްޕެންސޝަނޭ އެކްޓް 1969 ގެ ސެކްޝަން )b)(1(2 ގެދަށުން ބަދަލު ދެވޭނެ އުޞޫލުއެއް އޮވެއެވެ . ކުރިމިނަލް ޕްރޮސީޖަރ ޤާނޫނުގެ 444 ވަނަ މާއްދާއިން ފެށިގެން ބަދަލު ދިނުމުގެ އުޞޫލުތައް ބަޔާންކޮށްފައިވެ އެވެ. އަދި އިންސނާ ޙައްޤު ހިމާޔަތް ކުރުމާއި އަސާސީ މިނިވަންކަމާއި ގުޅޭ މާއްދާތަކާއި ޚިލާފު ވުމުގެ ސަބަބުން ބަދަލު ދެވޭނެ ގޮތާއި ބަދަލުގެ މިންވަރާއި މިކަންކަން ބަޔާން ކޮށްފައިވެއެވެ . ކޯސްޓް އިން ކްރިމިނަލް ކޭސަސް އޯޑިނަންސް، ޗެޕްޓަރ 492 ގެ ދަށުން؛ ހޮންކޮންގްގައި ބޭނުން ކުރާ ނިޒާމަކީ އިގިރޭސިވިލާތުގެ ނިޒާމާއި ދާދި އެއްގޮތް ނިޒާމެކެވެ . ކޯސްޓް އިން ކްރިމިނަލް ކޭސަސް އެކްޓް 1967 (އެކްޓް ނަންބަރ129) ގެ ދަށުން ޖިނާއީ މައްސަލަތައް ހިންގުމުގެ ޚަރަދު ލައްވާނެ އުޞޫލު ބަޔާން ކުރެއެވެ. ކުށުގެ ތުހުމަތުގައިވާ މީހާ ކުށްސާބިތު ނުވެގެން ދޫކޮށްލާ ހާލަތުގައި، ކޯޓަށް ޤަބޫލު ކުރެވޭ އެކަށީގެންވާ ޚަރަދު، (ދަޢުވާ ހިންގުމަށް މުއްތަހަމު ކުރި ޚަރަދު) ދިފާއުވުމުގެ ގޮތުން އޭނާ ކުރި މަސައްކަތގު ޚަރަދުތަކުގެ މައްޗަށް ރިޢާޔަތް ކޮށް އޭނާއަށް ލިބިދެވި ދާނެއެވެ . މިގޮތުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވެގެން ދިޔުމާއި ޕްރޮސިކިއުޝަނުން ޢަމަލު ކުރި ގޮތާއި އަދި އޭނާގެ ފަރާތުން ޢަމަލު ކުރި ގޮތުގެ މައްޗަށް ބަލަންޖެހެއެވެ . މީސާލަކަށް އނޭ ދޫވެގެން ދިޔައީ ހަމައެކަނި ޓެކްނިކަލް މައްސަލައަކުންތޯ ނުވަތަ ހަމަ ޙަޤީޤަތުގައިވެސް މުއްތަހަމަކީ ކުށްވެރިޔާ ނޫންކަން ސާބިތުވެގެން ތޯ ނޫނީ އެހެން އެކަނ ދިމާވީ އެނޫންވެސް އެހެން ސަބަބަކާ ގުޅިގެންތޯ ބަލަންޖެހެއެވެ . ހަމައެހެންމެ، "ބްރިޓިޝް ކޮލަމްބިޔާ " ގައި ޢަމަލު ކުރަނީ ނިއުޒިލޭންޑްގެ އުޞޫލުތަކާއި ދާދި އެއްގޮތަށެވެ. (ކޯސްޓް އޮފް އެކިއުސްޑް އނޮ އެކުއިޓަލް، ބީ .ސީ.އާރު . 2ޑީ (1974).) ޔޫ.އެސް. ކޯޑް 28 (ޖުޑިޝަރީ އެންޑް ޖުޑީޝަލް ޕްރޮސީޖަރ) ޕާޓް IV (ޖުރިސްޑިކްޝަން އެންޑް ވެނިއު) ޗެޕްޓަރ 91 (ޔުނައިޓެ ޑް ސްޓޭޓްސް ކޯޓް އޮފް ފެޑެރަލް ކުލެއިމްސް) ސެކްޝަން 1495. ޔޫ.އެސް. ކޯޑް 28 (ޖުޑިޝަރީ އެންޑް ޖުޑީޝަލް ޕްރޮސީޖަރ) ޕާޓް IV (ޖުރިސްޑިކްޝަން އެންޑް ވެނިއު) ޗެޕްޓަރ 165 (އަންޖަސްޓް ކޮންވިކްޝަން އެންޑް އިމްޕްރިޒަންމެންޓް) ސެކްޝަން 2513. (2) He did not commit any of the acts charged or his acts, deeds, or omissions in connection with such charge constituted no offense against the United States, or any State, Territory or the District of Columbia, and he did not by misconduct or neglect cause or bring about his own prosecution. (b) Proof of the requisite facts shall be by a certificate of the court or pardon wherein such facts are alleged to appear, and other evidence thereof shall not be received. މިފަދައިން ބަޔާން ކޮށްފައި އޮވެއެވެ. އަދި ބަދަލު ނަގައިދިނުމުގެ މިންވަރު ކަނޑައެޅިފައިވެއެވެ.
25އެހެންކަމުން، މަތީ މަރުޙަލާގެ ކޯޓަކުން ޙުކުމެއް ބާޠިލު ނުވަތަ ބަދަލު ކުރުމަކީ އޭގެ ޒާތުގައި އެޙުކުމުގެ މައްޗަށް ބިނާކޮށް ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރެވިދާނެ ކަމެއް ނޫންކަން އެހެން ޤައުމުތަކުގައި އެކަށައެޅިފައިވާ ޤާނޫނުތަކުންވެސް އެނގެއެވެ. މގި ތުން، ތުހުމަތު ކުރެވުނު ކޮށު ސާބިތް ނުވާކަމަށް ކަނޑައަޅައި ޙުކުމްކޮށް ކުރީގެ ޙުކުމް ބާޠިލު ކުރުމާއި އިޖުރާއީ ނުކުތާއެއްގެ މައްޗަށް ބިނާކޮށް ކުށް ސާބިތުވާކަމަށް ނުވަތަ ނުވާކަމަށް ކަނޑައެޅުމަކާއ ނުލައި ޙުކުމް ބާޠިލު ކުރުމާއި ދެމެދުގައި ތަފާތު ހުރިކަން އެނގެއެވެ. އަދި ފައިސާއިން ގެއްލުމުގެ ބަދަލު ހޯދުމަށް ކުރާ ދަޢުވާތައް ބަލައިގަންނަނީ ކުށުގެ ދައުވާ އުފުލިފައިވާ މީހާގެ މައްޗަށް ކުށް ސާބިތުވި ޙުކުމް އޭނާއަކީ ބަރީއަ މީހެއްކަމަށްވެގެނ އެޙުކުމް ބަދަލް ކުރު ޙާލަތުގައި ނޫނީ އޭނާގެ ކުށް މަޢާފު ކޮށްފައިވާ ޙާލަތުގައެވެ.
26އަޙްމަދު ނާޡިމްގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:A/52-SC/2014 ޤަޟިއްޔާގެ ޙުކުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމަށެވެ. އެއީ އެޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:A/52-SC/2018 ޤަޟިއްޔާއިން ބާޠިލު ކޮށްފައިވާތީ ކަމަށާ James Davis Bettett, v. The United States No. 09-279C. (Filed: June 8, 2009). Zakiya v. United States, 79 Fed. Cl. 231, 235 (2007), Humphrey v.United States, 60 Fed.Appx. 292 (Fed.Cir. 2003) ބ ނެއެވެ. ނަމަވެސް އިސްވެ ބަޔާންކުރި ކަންކަމުގެ މައްޗަށް ބިނާކޮށް ބަލާއިރު، މި މައްސަލަ އެމައްޗަށް ބިނާކުރި އަސާސްގައި ބަޔާނކުރް ކަނާ ހިނގާފައިވާ ގޮތް ޤާނޫނީ ގޮތުންވެސް އަދި މަނތިޤީ ގޮތުންވެސް ސާފެއް ނޫނެވެ.
27އެހެނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:A/52-SC/2014 ޤަޟިއްޔާއިން ކުށް ސާބިތުކޮށް އަޙްމަދު ނާޡިމް އަށް "ޢު ޤޫބާތް ޙައްޤުވާ" ކަމަށް ބަޔާންކޮށްފައި އޮވެއެވެ. އެޙުކުމް އެގޮތަށް ކުރީ ދިވެހިރާއްޖޭގެ އޭރުގެ އުއްތަމަ ފަނޑިޔާރު ހިމެނޭގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފުލް ބެންޗަކުނނެވެ. މިއޚިލާފަށާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:A/52-SC/2018 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރީގެ ޙުކުމް މުރާޖަޢާ ކުރި ކުރުމުގައި ޢުޤޫބާތް ޙައްޤުވކަނާ ނުވަތް ނުވާކަން ބަލައި ކަނޑައަޅާފައެއަ ނެތެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރީގެ ޤަޟިއްޔާގެ ޙުކުމް އެކޯޓުގެ ފަހުގެ ޤަޟިއްޔާއިން ބާޠިލްކޮށް ނިންމީ އެޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ހުއްދަދިން އިޖުރާއީ ނުކުތާގެ މައްޗަށް ބިނާކޮށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރީގެ ޙުކުމް ބާޠިލު ކުރި ފަހުގެ ބެންޗުގައި ހިމެނެނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުނނެވެ. އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފުލް ބެންޗއެ ނޫނެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރީގެ ޙުކުމނ އަޙްމަދް ނާޡިމްއަށު "ޢު ޤޫބާތް ޙައްޤުވާ"ކަމަށ ނިންމް ބެންޗުގައ ހިމެނި ދެފަނޑިޔާރުން ފަހުން އެޙުކުމް ބާޠިލު ކުރި ބެންޗުގައި ހިމެނެއެވެ. ވީމާ، ބަދަލު ދިނުމުގެ މައްސަލައެއް ބަލައިގަތުމުގެ ބޭނުމަށްޓަކައި، އަޙްމަދު ނާޡިމްގެ މައްޗަށް ޢުޤޫބާތް ޙައްޤުވެގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ން ޢުޤޫބާތް ކަނޑައެޅި ކަނޑައެޅުން އެކޯޓުން ފަހުން ބާޠިލުކޮށްފައިވަނީ އެ ޢުޤޫބާތް ޙައްޤު ނުވާތީ ނުވަތަ ބަރީޢަ މީހެއްކަމަށް ވާތީތޯ ކުޑަމިނުން ސާފުވާން ޖެހޭނެ ކަމަށް ދެކެމެވެ. ހަމައެކަނި އިޖުރާއީ ނުކުތާއެއްގެ މައްޗަށް ބިނާކޮށް ޤާނޫނު ނަންބަރު:2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 20 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، "މުރާޖަޢާ" މިބަ ސ ބޭނުން ކޮށްފައެއް ނެތެވެ. އެއަކުރުން އެނގޭގޮތުގައި، "ޤާނޫނީ އުޞޫލަކާބެހޭގޮތުނ ނުވަތް ޤާނޫނަ ނުކުތާ އަކާބެހޭގޮތުނ ސުޕްރީމްކޯޓުން ނިންމާފައވި ނިންމުނާ ބަދަލުކުރުމަށް، ނުވަތަ ބާޠިލު ކުރުމަށް، ނުވަތަ އެނިންމުމާ ދުރަށް ދިއުމަށް، ނުވަތަ އެ ނިންމުމަށް ފަހުގެ ނިންމުމަކާ ތަފާތުކުރުމަށް ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޔާރަކަށް މިޤާނޫނުގައި ހުރަހެއްނެތެވެ." މިއަކުރުގައ ބަޔާނި ކުރް އިޚްތިޔާރަކީ ވަކި ވާޤީޔާ ތަކެއްގެ މައްޗަށް ދެފަހަރު ދެގޮތަށް ޙުކުމް ނެރު ންތޯ ނޫނީ ސުޕްރީމް ކޯޓުގެ ޙުކުމް ތަކުން ކަނޑައަޅާ ޤާނޫނީ ޚާއްޞިއްޔަތ ލިބު އުޞޫލުތަކާއި ދުރަށްދިއުންތޯ ޙަވާލާދެވޭ ދެޤަޟިއްޔާ އަށް ބެލުމުން ސާފެއް ނޫނެވެ. ޤަޟިއްޔާއެއް ޙުކުމް ބާޠިލު ކުރުމަކީ ބަދަލު ހޯދުމަށް ދަޢުވާ ކުރެވޭނެ ސަބަބެއް ކަމަށް ނުދެކަ މެވެ. އެހެންކަމުން، އަޙްމަދު ނާޡިމްގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މިމައްސަލަ ސިވިލް ކޯޓުން ބަލައިނުގަތުމަށް ނިންމާފައިވަނީ ރނަ ގަޅަށް ކަމަށް ބުރަވެއެވެ.
28މި މައްސަލައިގައި އަޙްމަދު ނާޡިމް ގެއްލުމުގެ ބަދަލު ހޯދމަށ ސިވިލް ކޯޓުގައު ދަޢުވާކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/52-SC/2018 ޤަޟިއްޔއިނާ އެކޯޓުގެ ނަންބަރު A/52-SC/2014 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއް ކަމަށް ކަނޑައެޅުއްވު މ ގުޅިގެނާ އެޤަޟިއްޔާގެ ޙުކުމުގެ ދަށުން އަޙްމަދު ނާޡިމް ބަންދުގައި ބަހައްޓާފައި ހުރހުރުމަކި ޤާނޫނީ ބާރެއް ނެތި ނުވަތަ ޤާނޫނީ ޚިލާފަށް ބަންދުކޮށްފައި ހުރިހުރުމެއ ކަމުގައް ދެކިގެން އކެ މުގެ ސަބަބުން އޭނާއަށަ ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
29ޕްރިސިޑެންސް 11ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤނޫނުއަސާސީގާ 58 ވަނަ މާއްދާގައި، "ޤާނޫނީ ބާރެއް ނެތި ނުވަތަ ޤާނޫނާ ޚިލާފަށް މީހަކު ހައްޔަރުކޮށްފިނަމ ނުވަތަ ބަންދުކޮށްފިނަމަ އެކަމުގެ ބަދަލު އެ މީހަކަށް ލިބިދޭންވާނެއެވެ." މިފަދައިން ބަޔާންކޮށްފައި ވެއެވެ.
30ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ) ގެ ޖަދުވަލު 1 ގައި ސިވިލް ކޯޓުގެ އިޚްތިޞާޞް ބަޔާންކޮށްފައިވާއިރު، އެޖަދުވަލުގެ 22 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، "ޤާނޫނީ ބާރެއް ނެތި ނުވަތަ ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވާ މީހަކު އެ ބަންދުން ދޫކުރުމަށް އަންގާ ކަމާބެހޭ ކޯޓުން ނެރޭ އަމުރަކާ ހައްޔަރުކުރުމުގެ ސަބަބުން ނުވަތަ ބަންދުކުރުމުގެ ސަބަބުން ޤާނޫނުއަސާސީގެ 58 ވަނަ މާއްދާގެ ދަށުން ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަތައް." މިފަދައިންނެވެ. އެހެންކަމުން، ޤާނޫނުއަސާސީގެ 58 ވަނަ މާއްދާގެ ދަށުން ޤާނޫނީ ބާރެއް ނެތި ނުވަތަ ޤާނޫނާ ޚިލާފަށް މީހަކު ބަންދުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވެއެވެ.
31މި މައްސަލައަކީ ސިވިލް ކޯޓުގެ ނަންބަރު 02/RNA/2019 "ރަޖިސްޓްރަރގެ ނިންމުން އަލުން ބަލައި ނިންމިގޮތް" އާމެދު ހިތްހަމަ ނުޖެހިގެން އަޙްމަދު ނާޡިމުގެ ފަރާތުން އެނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުނ ބެލެވޭ ޤަޟިއްޔާއެއްކަމާއި، އެނިންމުމާ އަދި އެނިންމުން ބިނާކޮށްފައިވާ މައިގަނޑު ސަބަބުތައް މި މައްސަލައިގައި ރިޔާސަތު ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރައުޔުގައި (މިރިޕޯ ޓުގެ 7 ވަނަ ނަންބަރުގައި) ބަޔާންކޮށްފައިވެއެވެ.
32ބުނެވިދިޔަ ނިންމުމަކީ އަޙްމަދު ނާޡިމް ހުށަހެޅި މައްސަލައިގެ މައުޟޫޢަށް ބަލައި ނިންމާ ފައިވާ ނިންމުމެއް ނޫން ކަމާއި، އެއީ އެކޯޓުގެ އިޚްތިޞާޞަށް ބަލައި ނިންމާފައިވާ ނިންމުމެއްކަން އެނގެއެވެ.
33ކޯޓަށް ހުށަހެޅް މައްސަލައަކީ އެކޯޓަށް ހުށަހެޅިދާނެ ނުވަތަ ބަލައިގަނެވިދާނެ މައްސަލައެއްތޯ ނުވަތަ ޝަރީޢަތުގައި ހިންގިދާނެ މައްސަލައެއްތޯ ނުވަތަ ނޫންތޯ، ބެލުމަށްޓަކައި އަންނަނިވި ކަންތައްތަކަށް ކޯޓުގެ ރަޖިސްޓްރަރ ބަލަންޖެހެއެވެ. އެއީ:-
1.33. އެމައްސަލަ ބެލުމުގެ އިޚްތިޞާޞް އެކޯޓަށް ލިބިގެންވޭތޯ؟
2.33. އެމަ އްސަލަ/ދަޢުވާ ހުށަހެޅުމުގެ ޙައްޤު) locus standi( އެމައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވޭތޯ؟
3.33. ދަޢުވާ ހުށަހެޅުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިވާ ނަމަ ދަޢުވާ ހުށަހަޅާފައިވަނީ އެމުއްދަތުގެ ތެރޭގައިތޯ؟
4.33. އެމައްސަލަ ބަލައިގަތުން މަނާކުރާ ނުވަތަ ހުރަސްއަޅާ ފަދަ ސަބަބެއް އޮތްތޯ؟ (މިސާލަކަށް ކުރިން އެމައްސަލަ ހުށަހެޅުމުން ބަލައި ނުގަތުނ ނުވަތް ގޮތެއް ކަނޑައަޅާފައިވާ މައްސަލައެއް ކަމަށްވުން ނުވަތަ އެކޯޓުގައި ނުވަތަ އެހެން ކޯޓެއްގައި އެމައްސަލަ ހުށަހެޅި ހިނގަމުން ދިޔުން ފަދަ)
5.33. މައް ސަލަ ހުށަހެޅި ފޯމުގައި ފުރިހަމަ ކުރަންޖެހޭ ބައިތައް ފުރިހަމަކޮށްފައި ވޭތޯ؟
6.33. ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއި ހެކިތައް ހުށަހަޅާފައިވޭތޯ ނުވަތަ ނޫންތޯ؟ އެވެ. އިސްވެބުނެވިދިޔަ ކަންކަމަށް ބެލުމަށްފަހު މައްސަލަ ހުށަހެޅުމުގައި ފުރިހަމަ ވާ ންޖެހޭ ކަންތައްތައް ފުރިހަމަ ވނަމާ އެމައްސަލަ ކޯޓަށް ބަލައިގނަ ރަޖިސްޓްރީ ކރަންވާނު ކަމާއި، އެއިން ކަމެއް ނުވަތަ ކަންތައްތަކެއް ފުރިހަމަ ނުވާނަމަ ނުވަތަ އިޞްލާޙު ކުރަންޖެހޭ ނަމަ އެކަން އިޞްލާޙްކުރުމަށް ނުވަތަ ފުރިހަމަ ކުރުމަށް އެންގިދާނކަމާއެ އަދި އެމައްސަލައަކީ އެކޯޓަށް ބަލައިގަނެވިދާނެ މައްސަލައެއް ކަމަށް ނުފެންނަ ނަމަ އެމައްސަލަ ބަލައިނުގަތަށް ނިންމުމުގެ އިޚްތިޔާރު ރަޖިސްޓްރަރ ލިބިގެންވާކަމާއި މިގޮތުން މައްސަލައެއް ބަލައިނުގަތުމަށާ ނިންމި ނިންމުން ސަބަބުތަކާއެކު އެމައްސަލަ ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.
34މި މައްސަލައިގައި އަޙްމަދު ނާޡިމްގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިނުގތުމަށ ސިވިލް ކޯޓުގް ރަޖިސްޓްރަރ ނިންމާފައިވަނީ، "އަޙްމަދު ނާޡިމްގެ ފަރާތުން ދަޢުވާ ކުރުމަށް ހުށަހަޅާ އަސާސަކީ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއެއް ކަމަށްވުމާއި، ކޯޓުން ނިންމާ ޤަޟާއީ ނިންމުން ތަކަކީ އިދާރީ ނިންމުން ތަކަކަށް ނުވާތީ، މިއީ، އިދާރީ ނިންމުމެއްގެ މައްޗަށް ދަޢުވާ ކުރުމަށް ހުށަހެޅޭނެ އުޞޫލުން ހުށަހެޅޭނެ މައްސަލައެއް ނޫންކަމަށް ވުމާއި، ކޯޓުތަކު ނ ނިންމް އެއްވެސް ނިންމުމަކާ ގުޅޭ ގޮތުން ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަތަކުގެ އިޚްތިޞާޞް އެކޯޓަށް ލިބިދޭ ގޮތެއް ނެތުމުން މިއީ، އެކޯޓަށް އިޚްތިޞާޞް ލިބޭ މައްސަލައެއް ނޫންކަމަށް ބަޔާންކޮށް،" މި ސަބަބުތަކަށްޓަކައިކަން އެނގެއެވެ.
35މި މައްސަލަ އިގައި ސިވިލް ކޯޓުގެ ރަޖިސްޓްރަރ ނިންމާފައިވާ ނިންމުމަށް ބަލާއިރު، ދޭހަވަނީ ޤާނޫނީ ބާރެއް ނެތި ނުވަތަ ޤާނޫނާ ޚިލާފަށް މީހަކު ހައްޔަރުކުރުމުގެ ސަބަބުން ނުވަތަ ބަންދުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހަޅާ ދަޢުވާއަކީ ކޯޓުތަކުން ނިންމާ ޤަޟާއީ ނިންމުމަކާ ގުޅޭ ގޮތުން ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ދަޢުވާއެއްނަމަ އެދަޢުވާ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންނުވާކަމެވެ.
36ސިވިލް ކޯޓުގެ ނަންބަރު C/2010-Cv/1143 (2167/MC/2010) ޤަޟިއޔް އާއާ ނަންބަރު C/2012-Cv/799 ޤަޟިއްޔާގައި ޤާނޫނީ ބާރެއް ނެތި ނުވަތަ ޤާނޫނާ ޚލާފަށި ބަންދުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅި މައްސަލަތައް އެކޯޓުން ބަލައިގަނެ ޝަރީޢަތުން ބަލާފައިވކަމާއި އަދ އެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އެކޯޓަށް ލިބިގެންނުވާ ކަމާގުޅޭގޮތުން ސުވާލު އުފދިފައެ އެ ނުވެއެވެ.
37ސިވިލ ކޯޓުގް ނަންބަރ C/2010-Cv/1143 (2167/MC/2010) ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަލާއިރު، އެޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަކީ ޤަޟާއީ ނިންމުމެއްގެ ނަތީޖާއެއްގެ ގޮތުން ބަދަލު ހޯދުމަށް ހުށަހެޅުނު މައްސަލައެކެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު C/2012-Cv/799 ޤަޟިއްޔާއަކީ ވ މެއިޑީ (ޗައިނާގެ ރައްޔިތެއް) ބަންދުކޮށްފައިހުރ ޤާނޫނީ ބާރެއް ނެތި، އަދި ޤާނޫނާ ޚިލާފަށްކަމަށްބުނެ އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއް ކަމާއި އެ މައްސަލަގައި ބަދަލާމެދު ގޮތެއް ކަނޑައެޅެން ނެތްކަމަށް ނިންމާފައިވަނީ ވ މެއިޑީ ބަންދުގައި ހުރީ ޤާނޫނީ ބާރެއް ނެތި އަދި ޤާނޫނާ ޚިލާފަށްކަން ޝަރުޢީ ކޯޓަކުން ކަނޑައަޅާފައި ނެތުމުންކަން އެނގެއެވެ. އެއާ ޚިލާފަށް ފުރަތަމަ ބުނެވުނު ޤަޟިއްޔާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބަންދުކޮށްފައި ހުރީ ޤާނޫނާ ޚިލާފަށް ކަމަށަ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވުމުން އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދީފައިވާކަން އެނގެއެވެ. މިޤަޟިއްޔާތަކުގައި ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، ޤާނޫނީ ބާރެއް ނެތި ނުވަތަ ޤާނޫނާ ޚިލާފަށް ހައްޔަރުކޮށް ނުވަތަ ބަންދުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާ މައްސަލަތައް ބެލުމުގި އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާކަން އެނގެއެވެ.
38އެހެންކަމުން، އަޙްމަދު ނާޡިމް 25 (ފަންސަވީސް) އަހަރަށް ޖަލަށްލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/52-SC/2014 ޤަޟިއްޔާގައި ކުރައް ވާފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއް ކަމަށް އެކޯޓުގެ ނަންބަރު މިޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/83-HC/2016 ޤަޟިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައި ތާއީދުކޮށްފައިވެއެވެ.
- ޤާނޫނުއަސާސީގެ 7 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 43 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 58 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ)
- ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) އަދި (ނ)
- ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (ލިޔުމުގައި '314' ގެ ގޮތުގައިވެސް)
- ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ)، (ށ)(1) އަދި (ނ)
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާ (ނ)، 60، 61، 77 ވަނަ މާއްދާ އަދި ޖަދުވަލު 1 ގެ 22 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ)، 5 ވަނަ މާއްދާގެ (ށ)، 9 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 27 ވަނަ މާއްދާގެ (ޅ)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 210 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 68/1ޖ (އޮފިޝަލް ކަންތައް ޗެޕްޓަރ 1) ގެ 9 ވަނަ މާއްދާ
- ޢިއްޒަތާއި އަބުރު ރައްކާތެރިކުރުމާމެދު 8 ރަބީޢުލްއާޚިރު 1352 ގައި ފާސްކުރެވުނު ޤާނޫނުގެ 1، 2، 3 ވަނަ މާއްދާ
- ސިވިލް ކޯޓުގެ ޤަވާޢިދުގެ 25 ވަނަ މާއްދާގެ (ހ)
- ސިވިލް ކޯޓުގެ I(U)/2020/21 'މައްސަލަ ބަލައިގަތުމާއި ރަޖިސްޓްރީކުރުމުގެ އުޞޫލު'
- އައި.ސީ.ސީ.ޕީ.އާރުގެ 14 ވަނަ މާއްދާގެ 6 ވަނަ ނަންބަރު
- ރޯމް ސްޓެޓިއުޓްގެ 85 ވަނަ މާއްދާ
- US Code 28, §1495 އަދި §2513
- ސުޕްރީމް ކޯޓުގެ 2009/SC-A/17
- ސުޕްރީމް ކޯޓުގެ 2019/SC-A/44 (އިބްރާހީމް ފާޠިހު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓުގެ 2010/SC-A/20
- ސުޕްރީމް ކޯޓުގެ 2014/SC-A/52
- ސުޕްރީމް ކޯޓުގެ 2018/SC-A/52
- ސުޕްރީމް ކޯޓުގެ 2016/SC-A/05 (ނަން ފޮރުވާފައި ވ. ދައުލަތް)
- ހައިކޯޓުގެ 2016/HC-A/83
- ސިވިލް ކޯޓުގެ 1143/Cv-C/2010 (MC/2010/2167)
- ސިވިލް ކޯޓުގެ 799/Cv-C/2012 (ޚިލާފު ރައުޔުގައި)
- Sirros v Moore [1975] QB 118
- Osborne v Rowlett (1880) 13 ChD 774
- Minister of Pensions v Higham [1948] 2 KB 153
- Colchester Estates (Cardiff) v Carlton Industries plc [1984] 2 All ER 601
- W. J. H. v. the Netherlands No. 408/1990
- James Davis Bettett v. The United States No. 09-279C (2009)
- Zakiya v. United States, 79 Fed. Cl. 231 (2007)
- Humphrey v. United States, 60 Fed.Appx. 292 (Fed.Cir. 2003)
- ބެންޗު
- މުޙައްމަދު ނިޔާޒް، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ރިޔާސަތު
- މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ޢަބްދުއްރައޫފު އިބްރާހީމް