ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/04
އަޙްމަދު ލަޠީފު ވ. މަރްޔަމް ޖަނާން މުންޢިމް، 2024/HC-A/04
Ahmed Lateefu v. Mariyam Janaan Munim 2024/HC-A/04 (2024/HC-A/04, High Court of the Maldives, 4 November 2024)
އަޙްމަދު ލަޠީފު ވ. މަރްޔަމް ޖަނާން މުންޢިމް
މައިގަނޑު ސުވާލު
ކުއްޔަށްދިނުމުގެ ރަޖިސްޓްރީކުރި އެއްބަސްވުމުގެ މުއްދަތު އިތުރު 3 އަހަރަށް ކުއްޔަކާނުލައި ދިގުކުރިކަމަށް ބުނާ 13 ޖޫން 2007 ގެ އެއްބަސްވުމުގެ ޞައްޙަކަން ސާބިތުނުވާކަމަށް ސިވިލް ކޯޓުން ނިންމީ 2017/SC-A/40 ގެ އުޞޫލުތަކާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 325-326 ވަނަ މާއްދާއާ ޚިލާފަށްތޯ، މުޤާބިލު ނެތްކަމަށް ނިންމުން ޞައްޙަތޯ، އަދި ކުލީގެ މިންވަރު ކަނޑައެޅުން ޞައްޙަތޯ؛ އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ހައިކޯޓަށް ހުށަހެޅި އައު ހެކި ބަލައިގަނެވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ހައިކޯޓުގައި މައްސަލަ ބަލަނީ ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކުގެ އަސާސްގެ މައްޗަށެވެ. ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ނުލިބޭ ހެކި އިސްތިއުނާފުގައި ހުށަހެޅިދާނެ ނަމަވެސް (ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާ)، އެއީ އިސްތިސްނާ ޙާލަތެއްގައި ލިބޭ ފުރުޞަތެކެވެ؛ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 289 ވަނަ މާއްދާގެ ދަށުން (1) ލިބުނު ވަގުތު ހުށަހެޅުމާއި، (2) ފަރުވާތެރިކަމާއެކު މަސައްކަތްކޮށްގެންވެސް ކުރިން ހުށަނޭޅުމާއި، (3) ނިންމުމަށް ބޮޑު ބަދަލެއް އަތުވެދާނެ ހެއްކަކަށްވުން ފުރިހަމަވާންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 62-65)
- އައު ހެކި ބަލައިގަތުމުގެ އުޞޫލުތައް މުޠުލަޤުކޮށް ތަޠުބީޤުކުރެވޭ އުޞޫލުތަކެއް ނޫނެވެ؛ ކޮންމެ މައްސަލައެއްގައިވެސް ވަށައިގެންވާ ޙާލަތްތަކަށް ރިޢާޔަތްކޮށް، އިންސާފު ޤާއިމުކުރެވޭތޯ ބެލުމަކީ އެންމެ މުހިންމު މިންގަނޑެވެ. އިސްތިސްނާ ޙާލަތަށް ފެތޭނަމަ، ހެއްކަކީ ފަރުވާތެރިކަމާއެކު މަސައްކަތްކޮށްގެންވެސް ނުލިބޭ (non-availability)، މައްސަލައަށް ގުޅުންހުރި (relevance) އަދި ޞައްޙަކަމާމެދު ސުވާލު ނުއުފެދޭ (credibility) ހެއްކަކަށް ވާންވާނެއެވެ (2016/SC-A/18؛ 2013/SC-A/20). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 66-68، 74)
- އިސްތިއުނާފު ރައްދުވާ ފަރާތް ޚަޞްމަކަށް ނުވާ، އެހެން މައްސަލައެއްގައި އިސްތިއުނާފުކުރާ ފަރާތް ދީފައިވާ ހެކިބަހަކީ، އެއީ ވުޖޫދުގައިވާކަން އެނގޭނެ އެކަށީގެންވާ ސަބަބެއްނެތި، އެނގުމުން ވަގުތުން ހުށަހެޅި، ޚުޞޫމާތާ ސީދާ ގުޅޭ އަދި ޞައްޙަކަމާމެދު ސުވާލު ނުއުފެދޭ ހެއްކެއްނަމަ، އެއީ އިސްތިއުނާފީ މަރުޙަލާގައި ބަލައިގަނެވޭ އައު ހެއްކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 75-79)
- ޚަޞްމަކު ހުށަހަޅާ އަމިއްލަ ޑޮކިއުމަންޓެއްގެ ޞައްޙަކަމަށް އަނެއް ޚަޞްމު އިންކާރުކޮށްފިނަމަ، އޭގެ ޞައްޙަކަން ސާބިތުކުރުމުގެ ޒިންމާ އޮތީ ހުށަހެޅި ފަރާތުގެ މައްޗަށެވެ؛ އެކަން ކުރަންވާނީ އަސްލު ނުވަތަ ތަޞްދީޤުކޮށްފައިވާ ކޮޕީ ހުށަހަޅައި، ސޮއިކުރި/ތައްޔާރުކުރި/ހެކިވި ފަރާތްތައް ޙާޟިރުކޮށްގެންނެވެ (2017/SC-A/40). މިއީ ކޯޓުން އަންގައިގެން ކުރަންޖެހޭ ކަމެއް ނޫން، ޒިންމާ އޮތް ފަރާތުން އަމިއްލައަށް އަދާކުރަންޖެހޭ ޒިންމާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 81، 83، 85)
- ކޮންޓްރެކްޓެއްގެ ބައިވެރިޔަކު ނިޔާވުމުން، ކޮންޓްރެކްޓް ބާޠިލުނުވާހާ ހިނދަކު އޭގެ ދަށުން އުފެދޭ ތަޢާޤުދީ އިލްތިޒާމުތަކާއި މަންފާތައް ވާރިޘުންނަށް ނަގުލުވެއެވެ. އެހެންކަމުން ނިޔާވި ފަރާތުގެ ވާރިޘަކަށް ދަޢުވާ ލިބިފައިވާނަމަ، އެ ވާރިޘަށް ޑޮކިއުމަންޓަށް އިންކާރުކުރެވޭނެއެވެ (2018/SC-A/10). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 82، 84)
- ހެކިބަސްދޭ ފަރާތުގެ ބަޔާނަށް ރިޢާޔަތްކުރުމަށް ބޭނުންނަމަ، ކޯޓުން އެހެން ގޮތަކަށް ނުކަނޑައަޅާހާ ހިނދަކު އެ ހެކިވެރިޔާ ޙާޟިރުކޮށް ހެކިބަސް ނަގައިދިނުމަށް އެދެންވާނެއެވެ؛ އެނޫން ގޮތަކަށް އެ ބަޔާނަށް ރިޢާޔަތްކުރެވޭނީ އިވުނުކަމަށް ބުނާ ހެއްކެއްގެ ގޮތުގައެވެ (މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 325، 326 ވަނަ މާއްދާ). އިވުނުކަމަށް ބުނާ ހެއްކަކީ ވާޤިޢާއެއް ސީދާ ސާބިތުނުކޮށްދޭ ދެވަނަ ދަރަޖައިގެ ހެއްކެކެވެ (ހެއްކާބެހޭ ޤާނޫނުގެ 117 ވަނަ މާއްދާގެ (ނ)). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 90-93، 101-102)
- ކޮންޓްރެކްޓެއް ވުޖޫދުވަނީ ހުށަހެޅުމާއި ޤަބޫލުކުރުމުންނެވެ (ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4، 5 ވަނަ މާއްދާ). ކޮންޓްރެކްޓާބެހޭ ޤާނޫނުގައި މުޤާބިލާ ގުޅޭ މާއްދާއެއް ނެތް ނަމަވެސް، މުޤާބިލު ބަދަލުވުމަކީ އެއްބަސްވުމެއް ވުޖޫދުވުމުގެ އަސާސީ ރުކުނެކެވެ. މުޤާބިލަކީ ވަޢުދެއްގެ ރައްދުގައި ދޭ އަގު، ކޮށްދޭ ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއް ނުވަތަ ދޫކޮށްލާ ޙައްޤެކެވެ؛ އެއީ މާޒީގެ މުޤާބިލަކަށް ނުވާ، ފުދޭ ނުވިނަމަވެސް އަގު ކުރެވޭ އެއްޗަކަށް ވާންޖެހެއެވެ؛ އެކުލެވޭތޯ ބަލަންވާނީ ކޮންޓްރެކްޓުގެ މަޤްޞަދަށެވެ (2015/SC-A/24؛ 2019/SC-A/56). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 106-109)
- އެއްބަސްވުމެއްގެ ޞައްޙަކަން ސާބިތުނުވާނަމަ، އެއްބަސްވުމުގެ ރުކުންތަކާ ގުޅޭ ގޮތުން އިތުރަށް ބަހުސްކުރުމުގެ ފުރުޞަތެއް ނެތެވެ. އަދި ކުރިން ނިމިފައިވާ ޤަޟިއްޔާތަކުގައި (2018/HC-A/298، 2020/SC-A/113) ތަޢުނެއްނެތި ޤާއިމުވެފައިވާ ވާޤިޢާތަކާ ޚިލާފަށް މުޤާބިލު ކަމަށް ބުނާ ބުނުން ބަލައެއް ނުގަނެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 104، 113-118)
- ޚަޞްމަކު ފަރުވާއެއް ހޯދުމަށް އެދިއްޖެނަމަ ނުވަތަ ދަފްޢެއް ކުރިމަތިކޮށްފިނަމަ، އެކަމާ ގުޅޭ ގޮތުން އަނެއް ޚަޞްމު ދެކޭގޮތާއި އިންކާރުގެ ސަބަބު ބަޔާންކުރަންވާނެއެވެ. ދަށު ކޯޓުގައި ތަޢުނުކުރުމުގެ ފުރުޞަތު ލިބި ކުލީގެ މިންވަރަށް ތަޢުނުނުކޮށް ދޫކޮށްލިނަމަ، ކުލި ކަނޑައެޅި އުޞޫލު ސާފުނުވާކަމަށް ބުނާ ޖަދަލު އިސްތިއުނާފުގައި އުފެއްދޭނެ ކަމަށް ނުދެކެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 127-130)
1މިއީ ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3275 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ނ. ވެލިދޫ ކެރީބިއަން އަޙްމަދު ލަޠީފް (ދިވެހި ރައްޔިތެއްކަން އަންގައިދޭ (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް") ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ މާލެ […] މަރްޔަމް ޖަނާން މުންޢިމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ (މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް") ގެ މައްޗަށެވެ.
3މި މައްސަލައިގެ މައުޟޫއު ބިނާވަނީ […] ޢާބިދ ޢީސާ އާއާ އިސްތިއުނާފުކުރި ފަރާތާ ދެމެދު ވެފައިވާ ކަމަށް ބުނާ އެއްބަސްވުމެއްގެ މައްޗަށެވެ.
4އަލްމަރްޙޫމާ ޢާބިދ ޢީސާ ނިޔާވުމުން، […] އެވެ ކިޔާ ގޯތި ބައިކޮށް، އަލްމަރްޙޫމާ ޢާބިދާ ޢީސާގ ވާރިޘުންގެ ތެރެއިން މާލެ […] އަލްރަމްޙޫމ އަޙްމަދް މުންޢިމްގެ ވާރިޘުންކަމުގައިވާ ޙައްވާދީދީ އާއި މުޙައްމަދު ޖައިޝ ބިން އަޙްމަދުއާއި ޖަޒްލާނ ބިން އަޙްމަދް މުންޢިންއާއި މަރްޔަމް ޖަނާން މުންޢިމްއަށް މިލްކުވެފައިވާ ބައި ވަކި ގޯއްޗެއްގެ ގޮތުގައި "ޖީމާ" މި ނަމުގައި ރަޖިސްޓްރީކޮށްދީފައިވެއެވެ. އެހެންކަމުން، […] އަކާ ވަކި ރަޖިސްޓްރީއެއް ހެދުމުގެ ކުރިން […] ބަޔެކެވެ.
5[…] އެވެ ކިޔާ ބަންޑާރަ ގޯތީގައި ހިމެނޭ 621 އަކަފޫޓުގެ ބިމުގައި 05 (ފަހެއް) ބުރީގެ ފައުންޑޭޝަނެއް އެޅުމަށްފަހު 3 (ތިނެއް) ޝީޓް އަޅާ ގްރައުންޑް ފުލޯރ މާލެ […] ޢާބިދާ ޢީސާއަށް (ޢާބިދ ޢީސާ ނިޔާވެފައިވާތީ މީގެ ފަހުން "އަލްމަރްޙޫމާ ޢާބިދާ ޢީސާ") ދިނުމަށާއި، އަދި ފަސްޓް ފުލޯރ އާއި ސެކަންޑް ފުލޯރ އަޙްމަދު ލަޠީފްއަށ ދިނުމަށް ޝަރުޠުކޮށް 01 ޖޫން 2007 އިން ފެށިގެން މީލާދީ 15 (ފަނަރަ) އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް އަލްމަރްޙޫމާ ޢާބިދ ޢީސާ އާއި އަޙްމަދު ލަޠީފްއ ދެމެދާ އެއްބަސްވުމެއްގައި ސޮއިކޮށް މަދަނީ ކޯޓުގައި 16 އޭޕްރލި 2007 ގައި ނަންބަރު 235/2007-C/MC އެއްބަސްވުން ރަޖިސްޓްރީކޮށްފައިވެއެވެ.
6މި އެއްބަސްވުމުގެ ޞައްޙކަމާމެދ ސުވާލު އުފައްދައި އަލްމަރްޙޫމާ ޢާބިދާ ޢީސާގ ވާރިޘުންގެ ތެރެއިނަ މާލެ […] އަލްމަރްޙޫމް އަޙްމަދު މުންޢިމްގ ވާރިޘުންގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރުމުން، މި މައްސަލަ އެ ކޯޓުގެ ނަންބަރު 3697/Cv-C/2018 ޤަޟިއްޔާއިން ބަލައި ޙުކުމްކޮށްފައިވެއެވެ. އެ މައްސަލަ ނިންމާފައިވަނީ މަދަނީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު 235/2007-MC/C އެއްބަސްވުމަކީ ބާޠިލް އެއްބަސްވުމެއް ކަމަށް ކަނޑައެޅެން ނެތްކަމަށާއި، އެ އެއްބަސްވުމުގެ ދަށުން އަޙްމަދު ލަޠީފް ކުއްޔަށް ހިފާފައިވާ މިހާރު […] އެވާ ކިޔާ ގޯތީގައި ހުރި 06 ބުރީގެ އިމާރާތުގެ ތެރެއިން ފަސްޓް ފުލޯރ އާއި ސެކަންޑް ފުލޯރ (ކުރީގެ […] އެވެ ކިޔުނު ގޯތީގެ 621 އަކަފޫޓުގެ ބިމުގައި ހުރި އިމާރާތް) ހުސްކުރުމަށް އަޙްމަދު ލަޠީފްއަށް އަންގާނެ ތަނެއް ނެތް ކަމުގައެވެ.
7ސިވިލް ކޯޓުގެ ނަންބަރު 3697/Cv-C/2018 ޤަޟިއްޔާ ދިވެހިރާއްހޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން އެ އިސްތިއުނާފު ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/599 ޤަޟިއްޔާއިން ޙުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 3697/Cv-C/2018 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ބަލަދު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތް
8އޭގެ ފަހުން މަދަނީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު 235/2007-MC/C އެއްބަސްވުމުގެ މުއްދަތު 10 ސެޕްޓެމްބަރ 2022ގެ ނިޔަލަށް ހަމަވާތީ، އަޙްމަދު ލަޠީފްގެ ބެލުމުގެ ދަށުގައިވާ ފަސްޓް ފުލޯރ އާއި ސެކަންޑް ފުލޯރ 2022 އޮގަސްޓް 31 ވަނަ ދުވަހުގެ ކުރިން ޙަވާލުކޮށްދިނުމަށާއި، އަޙްމަދު ލަޠީފްގެ ބެލުމުގެ ދަށުގައިވާ އެންމެހާ ތަކެތި ނެރެ ހުސްކޮށް އެތަން ޙަވާލުކުރުމަށް އަންގައި އަލްމަރްޙޫމް އަޙްމަދު މުންޢިމްގ ވާރިޘުންގެ ފަރާތުން މަރްޔަމް ޖަނާން މުންޢިމް 21 އޮގަސްޓް 2022ގައި އަޙްމަދު ލަޠީފްއަށް ސިޓީ ފޮނުވާފައިވެއެވެ.
9އޭގެ ފަހުން 12 ސެޕްޓެމްބަރު 2022 ގައި މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން އަޙްމަދު ލަޠީފްއަށް އިތުރު ސިޓީއެއް ފޮނުވިއެވެ. މި ސިޓީގައިވަނީ މަދަނީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު 235/2007-MC/C އެއްބަސްވުމުގެ މުއްދަތު 10 ސެޕްޓެމްބަރު 2022ގެ ނިޔަލަށް ހަމަވާތީ، އަޙްމަދު ލަޠީފް ދިރިއުޅޭ ފުރަތަމަ ފުލޯރއަށް ދުވާލަކަށް -/750ރ. (ހަތްސަތޭކަ ފަންސާސް ރުފިޔާ) މަގުން 15 (ފަނަރަ) ދުވަހަށްވާ -11,250/ރ. (އެގާރަ ހާސް ދުއިސައްތަ ފަންސާސް ރުފިޔާ ހަސަތޭކަ ފަސްދޮޅަސ) އާއި، ސެކަންޑް ފުލޯރއަށް 20 (ވިހި) ދުވަހަށްވާ -8,660/ރ. (އަށް ހާސް ހަސަތޭކަ ފަސްދޮޅަސް ރުފިޔާ) އާއެކު ޖުމްލާ -19,910/ރ. (ނަވާރަ ހާސް ނުވަ ސަތޭކަ ދިހއެއަ ރުފިޔާ) ސިޓީ ލިބުމާއިއެކާ ޙަވާލުކޮށްދިނުމަށާއި، އަދި އަޙްމަދު ލަޠީފްގެ ބެލުމުގެ ދަށުގައިވާ ފަސްޓް ފުލޯރ 25 ސެޕްޓެމްބަރ 2022 ގެ ނިޔަލަށް ހުސްކޮށް، ތަން ޙަވާލުކޮށް ދިނުމަށް އެދޭ ކަމުގައެވެ.
10އަޙްމަދު ލަޠީފް ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ. އެ ދަޢުވާގައި ވަނީ މަދަނީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު 235/2007-MC/C އެއްބަސްވުމުގެ މުއްދަތު 01 ޖުލައި 2022 ގައި ހަމަވެފައިވީނަމަވެސް، […] (މީހާރު […] ) އެވެ ކިޔާ ގޯތީގައި އިމާރާތްކޮށފް އިވަ އިމާރާތުގެ ފަސްޓް ފުލޯރ އާއި ސެކަންޑް ފުލޯރ އިތުރު 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް އިތުރު އެއްވެސް ކުއްޔަކާ ނުލައި ކުރިން ބުނެވުނު އެއްބަސްވުމުގައިވާ ކަންކަން އަޙްމަދު ލަޠީފްގެ ފަރާތުން ކޮށްފައިވާތީ، އަލްމަރްޙޫމާ ޢާބިދާ ޢީސާއާއި އަޙްމަދު ލަޠީފއް އާ ދެމެދު 13 ޖޫން 2007 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށާއި، އެހެންކަމުން، އަލްމަރްޙޫމާ ޢާބިދާ ޢީސާއާއި އަޙްމަދު ލަޠީފްއ ދެމެދާ ވެފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށް ކަނޑައަޅައި، އެ އެއްބަސްވުމުގެ މުއްދަތުގައި […] (މިހާރު […] ) އެވެ ކިޔާ ގޯތީގައިވާ އިމާރާތުގެ ފަސްޓް ފުލޯރ އާއި ސެކަންޑް ފުލޯރ ބޭނުންކުރުމުގެ ހައިސިއްޔަތު އަޙްމަދު ލަޠީފްއަށް ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށެވެ. މި ދަޢުވާ ރައްދުކޮށްފައިވަނީ މަރްޔަމް ޖަނާން މުންޢިމްގެ މައްޗަށެވެ. މި ޤަޟިއްޔާ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2022-CVC-3275 ޤަޟިއްޔާއިންނެވެ.
11މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން އަޙްމަދު ލަޠީފްގެ ދަޢުވާއަށް އިންކާރުކޮށް ދިފާޢު ހުށަހަޅާފައިވެއެވެ. މިގޮތުން މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ބުނެފައިވަނީ އަޙްމަދު ލަޠީފްގެ ފަރާތުން ދަޢުވާ ފޯމާއިއެކު ހުށަހަޅާފައިވާ 16 އެޕްރީލް 2007 ގައި ސޮއިކޮށްފައިވާ އެއްބަސްވުމަކީ މިހާރު ތަންފީޒުކޮށް ނިމިފައިވާ އެއްބަސްވުމެއްކަމަށާއި، އަޙްމަދު ލަޠީފްއާއި އަލްމަރްޙޫމާ ޢާބިދާ ޢީސާއ ދެމެދާ އިތުރު އެއްބަސްވުމެއް 31 ޖުލައި 2025ގެ ނިޔަލަށް (މިފަދައިން އަޙްމަދް ލަޠީފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ "އިޚްތިލާފު އޮންނަ ބާވަތުގެ ދަޢުވާ ހުށަހަޅާ ފޯމު"ގެ 6 ވަނަ ނަންބަރުގައި ބަޔާންކުރެއެވެ.) ޤާއިމުކުރެވިފައިވާކަމަށް ބުނެ އަޙްމަދު ލަޠީފްގެ ފަރާތުން ހުށަހަޅާފައިވާ 13 ޖޫން 2007 ގައި ޤާއިމުކޮށްފައިވާކަމަށް ބަޔާންކޮށްފައިވާ އެއްބަސްވުމަކީ ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފަށް ފޯޖުކުރެވިފައިވާ އެއްބަސްވުމެއްކަން އެނގޭކަމަށާއި، 01 ޖުލައި 2017 އިން ފެށިގެން 31 ޖުލައި 2025 ގެ ނިޔަލަށް އިތުރު އެއްބަސްވުމެއް ހެދިފައިވާކަމަށް އަޙްމަދު ލަޠީފްގެ ފަރާތުން ބުނިނަމަވެސް އެއީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު ވާހަކައެއްކަމުން، އަޙްމަދު ލަޠީފްއަށް […] (މިހާރު […] ) ބޭނުންކުރުމުގެ ޤާނޫނީ އެއްވެސް ހައިސިއްޔަތެއް ލިބެންޖެހޭ ސަބަބެއް ނެތް ކަމުގައެވެ.
12މި މައްސަލައިގެ ތެރޭގައި މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ރައްދު ދަޢުވާއެއް ހުށަހަޅާފައިވެއެވެ. އެއީ 01 ޖޫން 2007 އިން ފެށިގެން 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް […] ([…] ) ގޯތީގެ ފަސްޓް ފްލޯރ އާއި ސެކަންޑް ފްލޯރ އަޙްމަދު ލަޠީފްއަށ ދިނުމަށް ވެފައިވް އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވީނަމަވެސް، އެތަނުން އަޙްމަދު ލަޠީފް ނުނުކުމެ އެތަން ބޭނުންކުރަމުންދާތީ، އެތަން މަރްޔަމް ޖަނާން މުންޢިމްއާ ޙަވާލުކުރުމަށް އަންގައި އަމުރުކޮށްދިނުމަށާއި، 01 އޮގަސްޓް 2022 އިން ފެށިގެން ފަސްޓް ފްލޯރއަށް ދުވާލަކަށް -750/ރ. (ހަތްސަތޭކަ ފަންސާސް ރުފިޔާ) ގެ ރޭޓުން އަދި ސެކަންޑް ފްލޯރއަށް ދުވާލަކަށް -433/ރ. (ހަތަރު ސަތޭކަ ތިރީސް ތިން ރުފިޔާ) ގެ ރޭޓުން އެތަން މަރްޔަމް ޖަނާން މުންޢިމްއ ޙަވާލުކުރާ ތާރީޚާއި ހަމައަށް ކުލި ޝަރީޢަތުން ނަގައިދިނުމަށާއި، އަދި އަޙްމަދު ލަޠީފްގެ ފަރާތުން ހުށާހަޅާފައިވާ 31 ޖޫން 2007 ގެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަން ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައިދިނުމަށް މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ރައްދު ދަޢުވާގައި އެދިފައިވެއެވެ.
13ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3275 ޤަޟިއްޔާގައި 13 ޖޫން 2007ގއ އަލްމަރްޙޫމާ ޢާބިދާ ޢީސާއާއި އަޙްމަދު ލަޠީފްއ ދެމެދާ ވެފައިވާކަމަށް ބަޔާންކޮށް އަޙްމަދު ލަޠީފް ހުށަހަޅާފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށް ސާބިތުނުވާކަމަށް ނިންމައި، އަންނަނިވި ކަންކަން ކަނޑައަޅައިފައިވެއެވެ.
1.13. އަލްމަރުޙޫމާ ޢާބިދ ޢީސާ އާއާ އަޙްމަދު ލަޠީފްއ ދެމެދާ ޤާއިމުކޮށް މަދަނީ ކޯޓުގައި ރަޖިސްޓްރީކުރެވުނު ނަންބަރު 235/2007-MC/C އެއްބަސްވުމުގެ މުއްދަތު 31 ޖުލައި 2022 ގައި ހަމަވުމަށްފަހު، އިތުރު 03 (ތިނެއް) އަހަރަށް އަޙްމަދު ލަޠީފްއަށް […] (މިހާރު […] ) ގޭގެ ފަސްޓް ފްލޯރ އާއި ސެކަންޑް ފްލޯރ ކުއްޔަކާއި ނުލައި ދިނުމަށް 13 ޖޫން 2007 ގައި އަލްމަރުޙޫމާ ޢާބިދ ޢީސާ އާއާ އަޙްމަދު ލަޠީފްއާ ދެމެދު ވެފައިވާކަމަށް ބަޔާންކޮށް އަޙްމަދު ލަޠީފް ހުށަހަޅާފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށް ޝަރީޢަތަށް ސާބިތުނުވާކަމަށާއި، ބުނެވުނު އެއްބަސްވުމުގެ މުއްދަތުގައި […] އެވާ ކިޔާ ގޯތީގައިވާ އިމާރާތުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާ ބޭނުންކުރުމުގެ ޙައިޘިއްޔަތު އަޙްމަދު ލަޠީފްއަށ ލިބިގެންވާކަމަށް ކަނޑައަޅާނެ ހަމައެއް ނެތްކަން.
2.13. 10 ޑިސެންބަރު 2023 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި (10 ޖަނަވަރީ 2024 ގެ ކުރިން) […] ގޭގެ ފަސްޓް ފްލޯރ އާއި ސެކަންޑް ފްލޯރގައި އަޙްމަދު ލަޠީފްގެ ފަރާތުން ބަހައްޓާފައިވާ ބަޔަކާއި ބައިތިއްބާފައިވާ ތަކެއްޗެއް ތަނުން ނެރެ މަރްޔަމް ޖަނާން މުންޢިމްއާ ޙަވާލުކުރުމށ އަޙްމަދް ލަޠީފްއަށް އަންގަ ފައިވާކަން.
3.13. މަދަނީ ކޯޓުގައި ރަޖިސްޓްރީކުރެވުނު ނަންބަރު 235/2007-MC/C އެއްބަސްވުމުގެ މުއްދަތު 31 ޖުލައި 2022 ގައި ހަމަވުމަށްފަހު، […] ކިޔާ ގޭގެ ފަސްޓް ފްލޯރ އާއި ސެކަންޑް ފްލޯރ އަޙްމަދު ލަޠީފް ބޭނުންކޮށްފައިވާ ދުވަސްތަކަށް އަދި ތަންހުސްކުރުމާއި ހަމައަށް ފުރަތަމަ ފަންގިފިލާއަށް ދުވާލަކު -750/ރ. (ހަތްސަތޭކަ ފަންސާސް ރުފިޔާ) އަދި ދެވަނަ ފަންގިފިލާއަށް ދުވާލަކަށް -433/ރ. (ހަތަރުސަތޭކަ ތިރީސް ތިނެއް ރުފިޔާ) ގެ ރޭޓުން އަޙްމަދު ލަޠީފްގެ ފަރާތުން […] ކިޔާ ގޭގެ ވެރިފަރާތްކަމުގައިވާ […] / މާލެ، ޙައްވާދީދީ އާއި […] މާލެ، މުޙައްމަދު ޖައިޝ ބިން އަޙްމަދް އާއު […] / މާލެ، ޖަޒްލާނ ބިން އަޙްމަދް މުންޢިމް އާއި މަރްޔަމް ޖަނާން މުންޢިމްއަށް ކުލި ދައްކަންޖެހޭނެކަން.
4.13. 10 ޑިސެންބަރު 2023 އާއި ހަމައަށް ތަނުގެ ކުލީގެ ގޮތުގައި ޖުމްލަ ދައްކަންޖެހޭ -586,768/ރ. (ފަސްލައްކަ އަށްޑިހަ ހަހާސް ހަތްސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ) އަކީ އަޙްމަދު ލަޠީފްގެ ފަރާތުން […] ކިޔާ ގޭގެ މިލްކުވެރި ފަރާތްތަކަށް ދޭންޖެހޭ ފައިސާއެއްކަން ސާބިތުވާކަމަށާއި، އަދި އެ ފައިސާ […] އެވާ ކިޔާ ގޯތީގެ މިލްކުވެރި ފަރާތްތަކަށް ލިބިދިނުމުގެ ގޮތުން 10 ޑިސެންބަރު 2023 އިން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި (10 ޖޫން 2024 ގެ ކުރިން) ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ މިންވަރަށްވުރެ މަދުނޫން މިންވަރަކުން ސިވިލް ކޯޓަށް ދައްކަމުންގޮސް މި ފައިސާ ޚަލާޞްކުރުމަށް އަޙްމަދު ލަޠީފްއަށް އަންގާފައިވާކަން.
5.13. ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި އަޙްމަދު ލަޠީފްގެ ފަރާތުން މަރްޔަމް ޖަނާން މުންޢިމްއަށް -40,000/ރ. (ސާޅީސްހާސް ރުފިޔާ) ދޭންޖެހޭނެކަމަށާއި، މި ފައިސާ މަރްޔަމް ޖަނާން މުންޢިމްއަށް ލިބިދިނުމުގެ ގޮތުން 25 ޑިސެންބަރު 2023 ގެ 12:00 ގެ ކުރިން ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް އަޙްމަދު ލަތީފްއަށް އަންގާފައިވާކަން.
14ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3275 ޤަޟިއްޔާއާ އެ ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 04 (ހަތަރެއް) ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
1.14. ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3275 ޤަޟިއްޔާގައި ޙުޞޫމާތު އުފެދިފައިވާ ކުއްޔަށްދިނުމުގެ އެއްބަސްވުމުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ A/40-SC/2017 ޢަބދް ﷲ ޢަރީފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓޑެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށް މާނަކޮށްފައިވާތީ އެއީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޚިލާފު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި،
2.14. އަލްމަރުޙޫމާ ޢާބިދ ޢީސާ އާއާ އަޙްމަދު ލަޠީފް އާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހެޅި ހެއްކެއް ކަމުގައިވާ ފާޠިމަތު ޙުސައިނގް ހެކިބަސް ނަގައިދިނުމަށް ޝަރީޢަތުގައި އެދުމުންވެސް ހެކިބަސް ނުނަގައި، ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 325 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 326 ވަނަ މާއްދާއާ ޚިލާފަށް މާނަކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި،
3.14. އަލްމަރުޙޫމާ އާބިދ ޢީސާ އާއި އަޙްމަދު ލަޠީފް އާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ކޮންސިޑަރޭޝަން ފުރިހަމަވެފައިނުވާކަމަށ ބުން ނިންމާފައިވާއިރު، ދފަރާތެ ދެމެދް ވެފައިވާ އެއްބަސްވުމުގެ 4 ވަނަ މާއްދާއަށް ރިޢާޔަތްކުރުމެއް ނެތި ކޮންޓްރެކްޓާބެހޭ ޤާނޫނާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/24 ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑަ އަޅާފައިވާ އުސޫލާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި،
4.14. އިސްތިއުނާފު ރައްދުވާ ފަރާތުން ކލީގު މިންވަރު ކަނޑައަޅާފައިވާ ގތާމެދޮ ޝަރީޢަތުން ސުވާލުކުރުމުން، އެކަމަށް އިންކާރުކޮށްފައިވާނެ ކަމަށާއި، އެކަމަށް ރިޢާޔަތްކުރުމެއް ނެތި ކުލީގެ މިންވަރު ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ކޮން އުސޫލަކުންކަނ އެނގެން ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
15ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި ހުށަހަޅާފައިވާ އަލްމަރްޙޫމާ ޢާބިދާ ޢިސާއާއި އަޙްމަދު ލަޠީފްއ ދެމެދާ ވެފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްނޫންކަމަށ ދަށް ކޯޓުގައު އިސްތިއުނާފި ރައްދުވު ފަރާތުން ބުނެފައިވަނީ އެއްވެސް ހެއްކެއް ނެތި ކަމަށާއި، ދަށު ކޯޓަށް ހުށަހަޅާފައިވާ އެއްބަސްވުމަކީ އެއްބަސްވުމުގެ ކޮޕީއެއް ނޫންކަމަށާއި، އެއީ އެއްބަސްވުމުގެ އަސްލުން ސްކޭނ ކޮށްފައިވް ލިޔުމެއްކަމަށާއި، އެއްބަސްވުމުގެ އަސްލު ގެނައުމަށް ކޯޓުން އަންގާފައިނުވާކަމުގައެވެ.
16ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ޑޮކިއުމެންޓެއްގައ ހިމެނި ކަންކަން ސާބިތުކުރެވޭނީ ކޯޓުން ޤަބޫލުކުރާ ގޮތަކަށް އެ ޑޮކިއުމަންޓްގެ ނުވަތަ އެ ޑޮކިއުމަންޓްގެ ކަމާބެހޭ ބައިގެ ކޮޕީއަކ އަސްލީ އެއްގޮތް ކޮޕއެއީ ކަމަށް ބަޔާންކޮށް ތަސްދީޤުކޮށްފައިވާ ކޮޕީއަކުންކަން އެ ޤަޟިއްޔާގެ 18 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ޝަރީޢަތަށް ހުށަހަޅާފައިވަނީ ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ އަސްލުން ސްކޭންކޮށްފައިވާ ލިޔުމެއްކަމާއި، ޝަރީޢަތަށް ހުށަހަޅާފައިވަނީވެސް ކުލަ ކޮޕީ
17ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ 20 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ ޑޮކިއުމަންޓުގައި ސޮއިކުރި ފަރާތުން އިންކާރުނުކުރާހައި ހިނދަކު، އެ ޑޮކިއުމަންޓަކީ އޭގައި ސޮއިކޮށްފައިވާ ފަރާތުން ސޮއިކޮށްފައިވާ ޞައްޙަ ޑޮކިއުމަންޓެއް ކަމަށް ބެލެވޭނެކަމާއި، މި އެއްބަސްވުމުގައި ސޮއިކުރި ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރި ކުރުމަށް އިންކާރުނުކުރާކަމުގައެވެ.
18ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ 21 ވަނަ ނުކުތާގައި އަމިއްލަ ޑޮކިއުމަންޓެއްގެ ސޮޔާމެދު ނުވަތަ އެ ޑޮކިއުމަންޓްގެ ޞައްޙަކަމާމެދު މައްސަލައިގެ އަނެއް ޚަޞްމު އިންކާރުކުރާނަމަ، އްކަނ ސާބިތުކުރެވޭނެ އެކަން ސާބިތުކުރުމަށް އޮންނަ އާންމު އުސޫލުން ހެކި ހުށަހަޅައިގެން ކަމުގައިވާއިރު، މިކަން ސާބިތުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ފާޠިމަތު ޙުސައިންގެ ހެކީގެ ބަޔާން ހުށަހަޅާފައިވާކަމަށާއި، އެ ބަޔާނުގައި 13 ޖޫން 7200ގައި ވެފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމުގައި ބަޔާންކޮށްފައިވާއިރު، އެކަން ނަފީކުރުމަށްޓަކައ އިސްތިއުނާފި ރައްދުވު ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމުގައެވެ. އަދި މި ފާޠިމަތު ޙުސައިންއަކީ އެއްބަސްވުމުގައި ސޮއިކުރިއިރު އެތަނުގައި ހުރި ފަރާތެއް ކަމަށާއި، އެ ފަރާތުގެ ބަޔާން މަދަނީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ހެކިވިރިޔާގ ބަޔާނުގެ ގޮތުގައެ ޝަރީޢަތަށް ހުށަހަޅާފައިވާއިރު، އެ ހެކިބަހަށް އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައިނުވާކަމުގައެވެ.
19ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއަށް ރިޢާޔަތްކޮށް، މި މައްސަލައިގައިވާ އެއްބަސްވުމަކީ ޞައްޙަ ނޫން އެއްބަސްވުމެއްކަމަށް ކަނޑައަޅާފައިވަނީ، މި ބަޔާންކުރި ޤަޟިއްޔާގައިވާ އުޞޫލުތަކާ ޚިލާފަށްކަމާއި، އެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އެއްވެސް ފަރާތަކުން އެއްބަސްވުމަށް އިންކާރުކޮށްފައިނުވާއިރު، އަދި އެއީ ޞައްޙަ އެއްބަސްވުމެއްކަން ހެކިންގެ ހެކި ބަހުން ސާބިތުވާއިރު، އެ އެއްބަސްވުމަކީ ޞައްޙަ ނޫން އެއްބަސްވުމެއްކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ ޚިލާފަށް ކަމުގައެވެ.
20ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ހެކީގެ ބަޔާން ހުށަހެޅުމަށްފަހު ހެއްކާގުޅޭ ގޮތުން ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ފާޠިމަތު ޙުސައިންގެ ހެކިބަސް ނަގައިދޭން އެދިފައިވާނެކަމަށާއި، އެހެނަސް ޝަރީޢަތުން އޭނާގެ ހެކިބަސް ނަގައިދީފައިނުވާކަމުގައެވެ.
21ފާޠިމަތު ޙުސައިންގެ ހެކިބަހުގެ ބަޔާނަށް ބަހުސްގެ ބޭނުމަށް ބުރަދަނެއް ދިނުމަށް ބަލާއިރު، އަލްމަރްޙޫމާ ޢާބިދާ ޢީސާއާއި އަޙްމަދު ލަޠީފްއާ ދެމެދު 13 ޖޫން 2007ގައި ވެފައިވާ ދެ އެއްބަސްވުމެއް ފެންނަން އޮތުމުން، ފާޠިމަތު ޙުސައިންގެ ބަޔާނުގައި އިޝާރާތްކުރަނީ އޭގެ ތެރެއިން ކޮން އެއްބަސްވުމަކަށްކަން އެނގޭނެ ގޮތެއް ނެތް ކަމުގައި ދަށު ކޯޓުން ބަޔާންކޮށްފައިވާއިރު، މި ތާރީޚުގައި ދެ އެއްބަސްވުމެއް ވެފައިވާކަމުގައި ޝަރީޢަތުން ނިންމާފައިވަނީ ކޮން ހަމައަކުން ކަން އެނގެން ނެތްކަމުގައެވެ.
22ފާޠިމަތު ޙުސައިން ހެއްކެއްގެ ގޮތުގައި ހުށަހަޅައި، ހެކީގެ ބަޔާން ހުށަހަޅާފައިވާއިރު، އަދި މީގެ އިތުރުން ޝަރީޢަތުގެ މަޖިލީހުގައި ފާޠިމަތު ޙުސައިންގެ ހެކިބަސް ނަގައިދިނުމަށް އެދިފައިވަނިކޮށް، އޭނާގެ ހެކިބަސް ނެގުމެއްނެތި، އަދި ފާޠިމަތު ޙުސައިންގެ ބަޔާނުގައި ހުރި ކަންކަން ޝަރީޢަތަށް ސާފުނވު އިރު، އެކަންކަން ޝަރީޢަތުން ސާފުކުރުމެއްނެތި، މައްސަލަ ނިންމާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނާ ޚިލާފަށްކަމުގައެވެ.
23އެހެންކަމުން، މި މައްސަލައިގައި ފާޠިމަތު ޙުސައިންގެ ހެކިބަސް މި ކޯޓުން ނަގައިދީ، އަދި މި މައްސަލައިގައި ހެކިންގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހެކިންގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހެކިން މި ކޯޓަށް ޙާޟިރުކޮށް، ހެކިންގެ ހެކިބަސް ނަގައިދީ، އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށް ކަނޑައަޅައިދިނުމެވެ.
24ތިންވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އަލްމަރްޙޫމާ ޢާބިދ ޢީސާ އާއާ އަޙްމަދު ލަޠިފްއ ދެމެދާ ވެފައިވާ އެއްބަސްވުމުގެ 4 ވަނަ މާއްދާގައި އެއްބަސްވުމުގެ މުޤާބިލު ބަޔާންކޮށްފައިވާކަމުގައެވެ.
25ސިވިލް ކޯޓުގެ ރަޖިސްޓްރީކޮށްފައިވާ 235/2007-MC/C އެއްބަސްވުމުގެ މުއްދަތު 31 ޖުލައި 2022 އަށް ހަމަވުމަށްފަހު އިތުރު 3 އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް ކުއްޔަކާ ނުލައި […] އެވާ ކިޔާ ގޯތީގެ ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާ އަޙްމަދު ލަޠީފްއަށް ބޭނުންކުރެވޭ ގޮތަށް އަލްމަރްޙޫމާ ޢާބިދ ޢީސާ އާއި އަޙްމަދު ލަޠީފްއާ ދެމެދު 13 ޖޫން 2007ގައި އެއްބަސްވެފައިވަނީ، މި ސިވިލް ކޯޓުގައި ރަޖިސްޓްރީކުރެވުނު އެއްބަސްވުމުގެ މުޤާބިލުގެ ތެރެއިން ކަމަށާއި، އެކަން އެއްބަސްވުމުގެ 4 ވަނަ މާއްދާއިން އެނގޭކަމުގައެވެ.
26ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/24 ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި މުޤާބިލަކީ ކޮންޓްރެކްޓެއްގައި ހިމެނޭ އެއް ފަރާތުން އަނެއް ފަރާތަށް ވާ ވައުދެއްގެ ރައްދުގައި ވައުދ ރައްދުވު ފަރާތުން ވައުދުވީ ފަރާތަށްދޭ އަގު ނުވަތަ ކޮށްދޭ ކަމެއް ނުވަތަ ނުކޮށްދޫކޮށްލާ ކަމެއް ނުވަތަ ދޫކޮށްލާ ޙައްޤެއްކަމާއި، ކޮންޓްރެކްޓެއްގައި މުޤާބިލު އެކުލެވޭތޯ ދެނެގަތުމަށްޓަކައި ކޮންޓްރެކްޓް ކުރެވުނު މަޤްޞަދަށް ބަލަންޖެހޭކަމަށް މި ޤަޟިއްޔާގައި ބަޔާންކޮށްފައިވާއިރު، އަލްމަރްޙޫމާ ޢާބިދާ ޢީސާގެ ފަރާތުން ކުލި ލިބިގަތުން ދޫކޮށްލާފައި އޮތް އޮތުމަށް ރިޢާޔަތްކޮށްފައިނުވާކަމުގައެވެ.
27ހަތަރު ވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތް ދިރިއުޅެމުންދާ ތަނަށް ކުލި ކަނޑައަޅާފައިވަނީ އެއްވެސް އުސޫލެއްނެތި ކަމަށްވާއިރު، އަދި އެކަމަށް އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތުގައި އިންކާރުކޮށްފައިވީނަމަވެސް، ކުލި ކަނޑައަޅާފައިވަނީ އެކަމަށް ރިޢާޔަތްކުރުމެއްނެތި ކަމުގައެވެ.
28އަޙްމަދު ލަޠީފް އެތަން ބޭނުންކުރަމުން ދިޔައީ އަލްމަރްޙޫމާ ޢާބިދާ ޢީސާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކަމާއި، އެ އެއްބަސްވުމުގައި ކުލި ބަޔާންކޮށްފައިނުވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތަށް ފެންނަ ކުއްޔެއް ޝަރީޢަތުން ނަގައިދެވޭނެ ޤާނޫނީ ހަމައެއް ނެތް ކަމުގައެވެ. އަދި ކުލި ނަގައިދިނުމުގައި ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާ ވީރާނާވަމުންދާކަމަށް ބަޔާންކުރިނަމަވެސް، އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމުގައެވެ.
29އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3275 ޤަޟިއްޔާގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމަކަށްވާތީ، އިސްތިއުނާފުކުރާ ފަރާތާއި އަލްމަރްޙޫމާ ޢާބިދާ ޢީސާއ ދެމެދާ ވެފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަން މަދަނީ މިންގަނޑުން ސާބިތުވާތީ، މި އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚާ ހަމައަށް އަޙްމަދު ލަޠީފަށް އެތަން ބޭނުންކުރެވޭނެ ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3275 ޤަޟިއްޔާގެ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި، މައްސަލަ ނިންމައިދިނުމަށެވެ.
30އަޙްމަދު ލަޠީފްގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ މި މައްސަލަ އާ ގުޅިގެން މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން އިޖުރާއީ އިޢުތިރާޟެއް ހުށަހެޅިއެވެ. މި އިޖުރާއީ އިޢުތިރާޟު ބިނާކޮށްފައިވަނީ އަޙްމަދު ލަޠީފްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފޯމަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) (މީގެ ފަހުން "ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު") ގެ 43 ވަނަ މާއްދާގެ (ހ) އާއި ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) (މީގެ ފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނު") ގެ 282 ވަނަ މާއްދާ އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 285 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވެފައިނުވާ މައްސަލައެއް ކަމުގައިވާތީ، މި ފޯމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 މައްސަލައިގެ ނިންމުމަށް ރިޢާޔަތްކުރާއިރު ބަލައިގަނެވޭނެ އިސްތިއުނާފެއް ކަމުގައި މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ނުދެކޭ ކަމުގައި ބުނެއެވެ. 28 ޖަނަވަރީ 2024 ގައި މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން "އިސްތިއުނާފ ރައްދުވު ފަރާތުން ހުށަހަޅާ އިޖުރާއީ ބަޔާން" ހުށަހަޅާފައިވެއެވެ. އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 36 ވަނަ މާއްދާގެ (ހ) އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ގެ (i) އާއި (ii) ގެ ދަށުން މި މައްސަލައިގެ އިސްތިއުނާފު ފޯމު ބާޠިލުކުރުމަށެވެ. މިފަދައިން މައްސަލަ ބާޠިލުކޮށްދިނުމަށް މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން އެދިފައިވެއެވެ.
31މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ހުށަހަޅާފައިވާ އިޖުރާއީ ބަޔާން ބަލައިގަނެވެނ ނެތް ކަމުގައި ކަނޑައެޅުމަށް އަޙްމަދު ލަޠީފްގެ ބަޔާނުގައި އެދިފައިވެއެވެ. އަދި އަޙްމަދު ލަޠީފްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 285 ވަނަ މާއްދާގެ (ށ) ގައިވާ ޝަރުޠުތައް ފުރިހަމަވާ އިސްތިއުނާފެއްކަމުގައި ބަޔާންކޮށްފައިވެއެވެ.
32މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ހުށަހަޅާފައިވާ އިޖުރާއީ އިޢުތިރާޟާއި ގުޅިގެން 13 ފެބްރުއަރީ 2024ގައި ނިންމާފައިވާ "އިޖުރާއީ އިޢުތިރާޟާމެދު ނިންމި ގޮތް" ގައި ވަނީ މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ބަލައި، އަޙްމަދު ލަޠީފްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު ފޯމު ބާޠިލުކުރާނެ ތަނެއް ނެތް ކަމުގައެވެ. އިސްތިއުނާފީ ނުކުތާތަކުގެ ރައްދު އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާ ހެކި
33އިސްތިއުނާފު ނުކުތާތަކަށް ޖަވާބު ދިނުމުގެ ކުރިން އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުގެ މަރުހަލާގައި ހެއްކެއް ހުށަހަޅާފައިވެއެވެ. އެއީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާއަކީ އަދި އެ ދަޢުވާގެ މައްޗަށް ބިނާކޮށް ހައިކޯޓުގައި ކޮށްފައިވާ އިސްތިއުނާފަކީ، އަސާސެއް ނެތް އަދި ހަގީގަތެއް ނެތް މިކަންކަން އިތުރަށް މި ޤަޟިއްޔާއާ ގުޅޭ "އިޖުރާއީ އިޢުތިރާޟާމެދު ނިންމި ގޮތް" ގެ 8 ވަނަ ނުކުތާގައި ތަފްޞީލުކޮށްފައިވާނެއެވެ. މިކަންކަން އިތުރަށް މި ޤަޟިއްޔާއާ ގުޅޭ "އިޖުރާއީ އިޢުތިރާޟާމެދު ނިންމި ގޮތް" ގެ 9 ވަނަ ނުކުތާގައި ތަފްޞީލުކޮށްފައިވާނެއެވެ. މިކަންކަން އިތުރަށް މި ޤަޟިއްޔާއާ ގުޅޭ "އިޖުރާއީ އިޢުތިރާޟާމެދު ނިންމި ގޮތް" ގެ 10 ވަނަ ނުކުތާއިން ފެށިގެން 40 ވަނަ ނުކުތާގެ ނިޔަލަށް ތަފްޞީލުކޮށްފައިވާނެއެވެ. ކަމެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ދަޢުވާއެއްކަން ދަލީލުކޮށްދޭ ހެކި އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިވާތީ އެ ހެކި ޝަރީޢަތަށް ހުށަހެޅުމަށް ކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
34އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާ ހެއްކަކީ، ސިވިލް ކޯޓުގެ ނަންބަރު 2747/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި، 19 މާރިޗް 2018ގައި އިސްތިއުނާފުކުރި ފަރާތުން ދީފައިވާ ހެކިބަސްކަމުގައެވެ. އެ ހެކިބަހާ ގުޅޭ ތަފްޞީލުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
1.34. ސިވިލް ކޯޓުގެ ނަންބަރު 2747/Cv-C/2017 ޤަޟިއްޔާއަކީ އަލްމަރްޙޫމާ ޢާބިދާ ޢީސާގެ ތަރިކައިގައި ހިމެނޭ […] އަލްމަރްޙޫމް އަޙްމަދް މުންޢިމްއަށ ލިބުން ބައި އަޙްމަދު މުންޢިމްގެ ވާރިސުންނާއި ޙަވާލުކޮށްފައިނުވާތީ އެ ތަން ކުއްޔަށް ހިފައިގެން އުޅުނު ފާޠިމަތު ޙުސައިންއާ ދެކޮޅަށް ފާޠިމަތު ޖަމްޝީދާ (އިސްތިއުނާފ ރައްދުވު ފަރާތުގާ މަންމަ) 3 އޮކްޓބަރޯ 2017ގައި ގޯތި ގެދޮރުން މީހުންނާ މުދާ ނެރުމަށް ހުށަހަޅާފައިވާ މައްސަލައެއްކަން
2.34. އެ ޤަޟިއްޔާގެ އަޑުއެހުމުގައި […] ކިޔުނު ގޯތީގައި ހަދާފައިވާ އިމާރާތުގެ ފަސްޓް އަދި ސެކަންޑް ފްލޯރއަކީ އަލްމަރްޙޫމާ ޢާބިދ ޢީސާ އެއްބަސްވުމެއްގެ ދަށުން އަޙްމަދު ލަޠީފްއަށް ކުއްޔަށް ދީފައިވާ ފަންގިފިލާތަކެއ ކަމުގައް ބުނެފައިވާކަން
3.34. އެ ތަން ކުއްޔަށް ހިފައިގެން އުޅެނީ އަޙްމަދު ލަޠީފްކަނ ސާބިތުކުރުމަށް ހެއްކެއްގެ ގޮތުގައި އަލްމަރްޙޫމާ ޢާބިދާ ޢީސާއާއި އަޙްމަދު ލަޠީފްއާ ދެ މީހުން ދެމެދު ވެފައިވާ، މަދަނީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު 235/2007-MC/C އެއްބަސްވުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާކަން
4.34. މި ޤަޟިއްޔާގައި އަޙްމަދު ލަޠީފް ޝަރީޢަތަށް ހެކިބަސް ދީފައިވާއިރު، މި ހެކި ބަހުގައި އަލްމަރްޙޫމާ ޢާބިދާ ޢީސާއާއި އަޙްމަދު ލަޠީފްއ ދެމެދާ […] އެވާ ކިޔުނު ގޯއްޗާ ގުޅޭ ގޮތުން 15 އަހަރަށް ވެފައިވާ އެއްބަސްވުން ފިޔަވައި އެހެން އެއްވެސް އެއްބަސްވުމެއް ނެތްކަމަށް އަޙްމަދަ ލަޠީފް ޝަރީޢަތުގައި ބުނެފައިވާކަމާއި، މިފަދައިން ބުނެފައިވަނީ ޝަރީޢަތުން ސީދާ ސްޕެސިފިކްކޮށް އެކަމާ ގުޅޭ ގޮތުން ކޮށްފައިވާ ސުވާލުގެ ޖަވާބުގައިކަން
35ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) (މީގެ ފަހުން "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު") ގެ 32 ވަނަ މާއްދާގެ (ށ) ގައި ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި އިސްތިއުނާފުގެ މަރުހަލާގައި ހުށަހެޅުމަށް ހުރަސްނާޅާކަމުގައި ބަޔާންކޮށްފައިވާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 289 ވަނަ މާއްދާއާއި، ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 44 ވަނަ މާއްދާއިން ދަށު ކޯޓަށް ހުށަހެޅިފައިނުވާ ހެކި ހައިކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ލިބިދީފައިވާ ކަމުގައެވެ.
36މި ހެކި އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 2022/CVC/3275 ޤަޟިއްޔާ ކުރިއަށް ދިޔައިރު ސިވިލް ކޯޓަށް ހުށަހެޅިފައިނުވަނީ، އެއިރު އެ ހެކި އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިނުވާތީއާއި، އެ ޤަޟިއްޔާއަކީ އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ހިނގާފައިވާ މައްސަލައަކަށްނުވާތީއާއި، އިސްތިއުނާފކުރު ފަރާތުން ކުރިން ޝަރީޢަތަކަށް ދީފައިވާ ބަޔާނަކާ ކަނޑައެޅިގެން ޚިލާފަށް ކަމެއް ސާބިތުކުރުމަށް ދަޢުވާއެއް ކޯޓަށް ހުށަހަޅާނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޤަބޫލުކުރަންޖެހޭ ސަބަބެއް ނެތުމުން ކަމުގައެވެ.
37ދަށު ކޯޓުގައި ހުށަހަޅާފައިނުވާ އައު ވާޤިއާ އާއި ހެކި އިސްތިއުނާފީ މަރުހލާގައ ހައިކޯޓަށި ހުށަހެޅުމަ ގުޅޭ އުޞޫލުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވާއިރު، މި އައު ހެއްކަކީ، އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓުގައި ކޮށްފައިވާ ދަޢުވާއާއި ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފަކީ އަސާސެއްނެތް، ވުޖޫދުގައި ނުވާ ކަމެއްގެ މައްޗަށް ބިނާކޮށް އުފުލާފައިވާ ދޮގު ދަޢުވާއެއް ސާބިތުކޮށްދޭ ހެއްކެއް ކަމުގައެވެ.
38ދަށު ކޯޓަށް ހުށަނޭޅޭ އައު ހެއްކެއް އިސްތިއުނާފީ ކޯޓަށް ބަލައިގަތުމުގައި ކޯޓުތަކުން ރިޢާޔަތްކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، އަދި ފަނޑިޔާރުންގެ އެންމެ އިސް އަމާޒަކަށްވާންޖެހޭނީ އެ މައްސަލައެއްގެ ވަށައިގެންވާ ޙާލަތްތަކަށް ރިޢާޔަތްކުރާއިރު، މައްސަލާގައި އިންސާފު ޤާއިމުކުރެވޭތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުންކަން އެނގޭއިރު، އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2747/Cv-C/2017 ޤަޟިއްޔާގައި ދީފައިވާ ހެކިބަހަކީ އޭގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއި އިތުބާރާމެދު ސުވާލު އުފެދޭ ހެކި ބަހެއް ކަމެވެ. އަދި އޭގެ ފަހުން ސިވިލް ކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 3697/Cv-C/2018 ޤަޟިއްޔާއާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު 2019/HC-A/599 ޤަޟިއްޔާގެ އަޑުއެހުންތަކުގައިވެސް، އަލްމަރްޙޫމާ ޢާބިދާ ޢީސާއާއެކު ވެފައިވާ އެހެން އެއްވެސް އެއްބަސްވުމެއްގެ ވާހަކަ ބުނެފައިނުވާކަން އެނގޭކަމެވެ.
39އެހެންކަމުން، މި އައު ހެއްކަށް ރިޢާޔަތްކުރުމަކީ، މައްސަލައިގެ ހަގީގަތަށް ވާސިލުވެ އިންސާފު ޤާއިމުކުރުމުގެ މަޤުޞަދުގައި އެ ސަބަބަށްޓަކައި އެކަނިވެސް ރިޢާޔަތްނުކޮށް ދޫކޮށްލެވިގެންވާނެ ހެއްކެއްކަމުގައި ޤަބޫލުނުކުރެވޭކަމެވެ.
40ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލުތަކުގެ އަލީގައި ރިޢާޔަތްކުރެވި، ގޮތް ކަނޑައަޅާފައިވާކަން ސިވިލް ކޯޓުގެ ނަންބަރު 2022/CVC/3275 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ 19 އިން ފެށިގެން 23 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ނުކުތާތަކުން އެނގޭކަމާއި، އެ ޤަޟިއްޔާ ތަޠުބީޤުކުރުމުގައި ސިވިލް ކޯޓުން ޤާނޫނާއި ޚިލާފުވެފައިވާގޮތެއް ނުވަތަ އެކަމުގައި އޮތް ޤާނޫނީ ބަހުސެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާކަމުގައެވެ.
41މި މައްސަލައިގައި ބަހުސް ކުރެވޭ އެއްބަސްވުމުގެ އަސްލު ހުށަހެޅުމަށް ޝަރީޢަތުން އަންގާފައިނުވާކަމުގައ އިސްތިއުނާފުކުރި ފަރާތުން ބުނެފައިވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ އަމިއްލަ މުސްތަނަދުގެ ސޮޔާމެދު ނުވަތަ އެ ލިޔުމުގެ ޞައްޙަކަމާމެދު އަނެއް ޚަޞްމުގެ ފަރާތުން އިންކާރުކުރާނަމަ، އެކަން ސާބިތުކުރެވޭނީ އާންމު އުސލުނޫ ހެކި ހުށަހަޅައިގެންކަމާއި، މިގޮތުން ލިޔުން ހުށަހެޅި ފަރާތް ނޫން އަނެއް ފަރާތުން އެއަށް އިންކާރުކޮށްފިނަމަ އެ ލިޔުމުގެ ޞައްޙަ ކަން ސާބިތުކޮށްދިނުމަކީ އެ ލިޔުން ހުށަހެޅި ފަރާތުގެ ޒިންމާއެއްކަމުގައެވެ.
42މިހެން މިކަން އޮތްއިރު، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އަލްމަރްޙޫމާ ޢާބިދާ ޢީސާއާއި އަޙްމަދު ލަޠީފްއާ ދެ މީހުން ދެމެދު ވެފައިވާކަމަށް ބުނާ އެއްބަސްވުމުގެ ކޮޕީއެއްކަމާއި، އެ އެއްބަސްވުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރުކުރުމުން، އެ އެއްބަސްވުމުގެ އަސލް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިނުވާކަން ދަށު ކޯޓުންވެސް ފާހަގަކޮށްފައިވެއެވެ.
43އެއްބަސްވުމުގެ ޞައްޙަ ކަން ސާބިތުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން 3 ޝަފަހީ ހެކިން، ޢަބްދުލްޙަމީދު ޢަބްދުއްފައްތާޙ އާއު މުޙައްމަދު ވަޙީދުއާއި ފާޠިމަތު ޙުސައިންގެ ނަން ހުށަހަޅާފައިވާއިރު، ޢަބްދުލްޙަމީދު ޢަބްދުލފްއްތާޙ އާއު މުޙައްމަދު ވަޙީދުގެ ހެކީގެ ބަޔާނެއް ނުވަތަ ހެކީގެ ޚުލާޞާ ބަޔާނެއްވެސް ހުށަހަޅާފައިނުވާކަމާއި، އަދި ޝަރީޢަތުގެ އެންމެ ފަހު އޑަ އުހުމުގައި މުޙައްމަދު ވަޙީދުގެ ހެކިބަސް ނެގުމަށް އިސްތިއުނާފުކުރާ ފަރާތުން އިންކާރުކޮށްފައިވާކަމެވެ. ފާޠިމަތު ޙުސައިންގެ ހެކި ބަޔާން ޝަރީޢަތަށް ހުށަހެޅިނަމަވެސް، ފާޠިމަތު ޙުސައިން ޝަރީޢަތަށް ޙާޟިރުކޮށް އޭނާގެ ހެކިބަސް ނަގައިދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިނުވާކަމެވެ. އެހެންކަމުން، އެ ހެކި ބަޔާނަށް ރިޢާޔަތްކުރެވޭނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 326 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމުގައެވެ.
44އެއްބަސްވުމުގެ އަސްލު ހުށަހަޅައިގެން ދަޢުވާ ސާބިތުކޮށްދިނުމުގެ ޒިންމާ އޮތީ އިސްތިއުނާފުކުރާ ފަރާތުގެ ކިބައިގައި ކަމުގައިވާއިރު، އެ ޒިންމާ އިސްތިއުނާފުކުރާ ފަރާތުން އަދާކޮށްފައިނުވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި ދަށު ކޯޓުން ޚިލާފުވެފައިވަނީ ކިހިނެއްކަން މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނެދީފައިނުވާކަމެވެ.
45ދެވަނަ އިސްތިއުނާފީ ނުކުތގާ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ފާޠިމަތު ޙުސައިންގެ ހެކިބަސް ޝަރީޢަތުގައި ނަގައިދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިނުވާކަން ސާފުކޮށް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 25 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާކަމެވެ. އަދި އެ ޙާލަތުގައި ފާޠިމަތު ޙުސައިންގެ ހެކިބަޔާނަށް ރިޢާޔަތްކުރެވޭނީ ކޮން އުސޫލަކުންކަނ ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 27, 25 އަދި 28 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަމެވެ.
46ފާޠިމަތު ޙުސައިންގެ ހެކި ބަޔާނާމެދު ޝަރީޢަތުން ގޮތެއް ނިންމާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 326 ވަނަ މާއްދާގެ (ހ) ގެ ދަށުން ހެކި ބަޔާނަށް ރިޢާޔަތްކުރެވޭނީ ކޮން ދަރަޖައެއްގައިތޯ ބަލައި، އަދި އެ ހެކި ބަހުގެ ބަޔާނަށް "ބަހުސްގެ ބޭނުމަށް ބުރަދަނެއް ދިނުމަށް ބަލާއިރުވެސް" މިފަދައިން ބަޔާންކޮށް ކަމުގައިވާއިރު، ފާޠިމަތު ޙުސައިން ޝަރީޢަތަށް ޙާޟިރުކޮށްގެން ބަޔާން ނެގުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިނުވާއިރު، އެ ހެކި ބަޔާނަކީ އިވުނުކަމަށް ބުނާ ހެއްކަކަށްވާތީ މައްސަލައިގައި ސާބިތުކުރަން ހުށަހެޅި ކަންކަން ސާބިތުކުރެވޭނެ ހަރުދަނާ ހެއްކަކަށް އެ ހެކި ބަޔާން ނުވާނެކަމެވެ.
4713 ޖޫން 2007 ޖަހާފައިވާ ދެ ޑޮކިއުމެންޓެއްގައ އެއި ބައެއްގެ ސޮއިތައް ހުރުމަކީ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ޑޮކިއުމެންޓް ޞައްޙަވުން ލާޒިމްވާ ސަބަބެއްވެސް ނޫންކަމެވެ. އަދި ވ. އަކަރަކަރަ މުޙައްމަދު ވަޙީދަކީ އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުންވެސް ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހެއްކަކަށްވާއިރު، އަދި މުޙައްމަދު ވަޙީދުގެ ހެކި ބަޔާން އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާއިރު، އެ ފަރާތުގެ ހެކި ބަސް ނުނެގުމަށް ޝަރީޢަތުން ނިންމީ އިސްތިއުނާފުކުރާ ފަރާތުން މުޙައްމަދު ވަޙީދުގެ ބަޔާން ނެގުމަށް އިންކޮށްފައިވާތީކަމުގައެވެ.
48އިސްތިއުނާފު ރައްދުވާ ފަރާތުން މުޙައްމަދު ވަޙީދުގެ ހެކި ބަޔާން ހެކީގެ ގޮތުގައި ހުށަހަޅާފައިވާއިރު، އެ ބަޔާނުގައި މުޙައްމަދު ވަޙީދު ބުނެފައިވަނީ މަދަނީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ އެއްބަސްވުމުގައި ހެކިވެރިއެއްގެ ގޮތުގައި އޭނާ ސޮއިކޮށްފައިވާކަމަށާއި، 13 ޖޫން 2007ގެ ތާރީޚު ޖަހާފައިވާ […] ފަސްޓް އަދި ސެކަންޑް ފްލޯ 3 އަހަރަށް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރި ހަނދާން އޭނާ ނުވާކަމުގައެވެ.
49ތިންވަނަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި ސިވިލް ކޯޓުން ގޮތެއް ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއަށް ރިޢާޔަތްކޮށްގެންކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 30 ވަނަ ނަންބަރުން އެނގޭކަމުގައެވެ. އަދި އެއްބަސްވުމުގައި މުޤާބިލު ފުރިހަމަނުވާކަމަށް ޝަރީޢަތުން ބުރަވެވުނު ސަބަބުތައް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 30 ވަނަ ނަންބަރުން ފެށިގެން 36 ވަނަ ނަންބަރުގެ ނިޔަލަށް ތަފްޞީލުކޮށްފައިވާކަމުގައެވެ.
50އިތުރު 3 އަހަރަށް ކުއްޔަށް ދީފައިވާކަމަށް ބުނާ އެއްބަސްވުމަކީ ސިވިލް ކޯޓުގައި ރަޖިސްޓްރީކުރެވިފައިވާ އެއްބަސްވުމަށް ގެނެވުނު އިޞްލާޙެއް ނޫންކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 32 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާއިރު، އަދި މި އެއްބަސްވުމަކީ އިމާރާތްކުރަން ކަނޑައެޅި އަކަފޫޓށަ އައި ބަދަލަކާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އިތުރު 3 އަހަރަށް ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާ ދިނުމަށް ވެފައިވާ އެއްބަސްވުމެއް ކަމުގައި ބަޔާންކުރިނަމަވެސް، އެފަދަ މާއްދާއެއް އެއްބަސްވުމުގައި ނެތްކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 33 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާކަމުގައެވެ.
51އިމާރާތްކުރާ ތަނުގެ ސައިޒަށް އައި ބަދަލާ ގުޅޭ ގޮތުން ދެ ފަރާތް ދެމެދު 3 ސެޕްޓެމްބަރ 2007ގައި އެއްބަސްވުމެއްވެފައިވާކަން އެނގޭއިރު، އަދި މިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/599 ޤަޟިއްޔާގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ 7 ވަނަ ނަންބަރުން އެނގޭއިރު، 3 އަހަރަށް ވެފައިވާ އެއްބަސްވުމަކީ ސިވިލް ކޯޓުގައި ރަޖިސްޓްރީވެފައިވާ އެއްބަސްވުމަށް ގެނެވުނު އިޞްލާޙެއްކަމާއި، އޭގެ މުޤާބިލަކީ އިމާރާތުގެ ސައިޒަށް ގެނެވުނު ބަދަލުގެ މުޤާބިލުކަމަށ ބުން ބުނުމަކީ ހަގީގަތްނެތ ވާހަކް ކަމުގައެވެ.
52މިކަމުގައި ސިވިލް ކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފުވެފައިވާގޮތެއް ނުވަތަ ޤާނޫނު މާނަކުރުމުގައި ނުވަތަ ތަޠުބީޤުކުރުމުގައި ހަދާފައިވާ ގޯހެއް އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔއިނާ ކަނޑައަޅާފައިވް އުޞޫލަކާ ޚިލާފުވެފައިވާ ގޮތެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާކަމުގައެވެ.
53ހަތަރުވަނަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ އެ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކައަކީ ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔަ އިރު ފާހަގަކޮށްފައިވާ ކަންކަމެއް ނޫންކަމުގައެވެ.
54ކުއްޔާއި ގުޅޭ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ކަންކަމަށް ވަކި އެއް ޗއެ ބުނެފައިނުވާތީ، ކުއްޔާއި ގުޅޭ ގޮތުން ބުނަން ބޭނުންވާ އެއްޗެއް އޮތްތޯ މައްސަލައިގެ އެންމެ ފަހު ޝަރީޢަތުގެ މަޖިލިހުގައި އިސްތިއުނާފުކުރާ ފަރާތުގެ ވަކީލުގެ ކިބައިން ޝަރީޢަތުން ސުވާލުކުރުމުން، އެ ފަރާތުން ދެއްކި ވާހަކައިގައިވެސް، ކުލި ކަނޑައަޅާފައިވާ ގޮތް އަދި ކުލީގެ މިންވަރު ތަޢުނުކޮށްފައިނުވާކަމުގައެވެ.
55ކުއްޔާއި ގުޅޭ ގޮތުން ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިވާ ކަންކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 47 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، އެ ނިންމުން ޚިލާފުވަނީ ޤާނޫނީ ނުވަތަ ޝަރުޢީ ކޮން އުޞޫލަކާކަމެއް އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިނުވާކަމުގައެވެ.
56އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން މި މައްސަލައިގައި ހުށަހަޅާފައިވާ އައު ހެއްކަށާއ އަދި އިސްތިއުނާފި ނުކުތާތަކާ ގުޅިގެން ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ބާޠިލުކޮށް، ނުވަތަ ސިވިލް ކޯޓުގެ ނަންބަރު 2022/CVC/3275 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، އެގޮތުގެ މަތިން މައްސަލަ ނިންމައި ދިނުމަށެވެ. މައްސަލައާ ގުޅޭ ގޮތުން ނެރެދިނުމަށް އެދިފައިވާ އަމުރުތައް
57މި މައްސަލައިގައި ސިވިލް ކޯޓުގެ ނަންބަރު 2022/CVC/3275 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އަޙްމަދު ލަޠީފްގެ ފަރާތުން އެދިފައިވެއެވެ. މި އެދުމުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގައި މި ކޯޓުން ގޮތެއް ކަނޑައަޅަންދެން ނުވަތަ މިނޫންގޮތަކަށް މި ކޯޓުން އަންގަންދެން، ސިވިލް ކޯޓުގެ ނަންބަރު 2022/CVC/3275 ޤަޟިއްޔާގެ ޙުކުމަށް ބިނާކޮށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް މާލެ […] މަރްޔަމް ޖަނާން މުންޢިމްއަށް އަންގައި، އަދި ސިވިލް ކޯޓުގެ ނަންބަރު 2022/CVC/3275 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް އަޙްމަދު ލަޠީފްގެ ފަރާތު ނ ސިވިލް ކޯޓަށް ދައްކާ ފައިސާއާމެދު ވަކިގޮތަކަށް ޢަމަލުކުރަން މި ކޯޓުން އަންގަންދެން ނުވަތަ މި ކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގައި ގޮތެއް ކަނޑައަޅަންދެން އެ ފައިސާ އެއްވެސް ފަރާތަކަށް ދޫނުކޮށް ސިވިލް ކޯޓުގައި ބެހެއްޓުމަށް މި ކޯޓުގެ ނަންބަރު B8/CHT/2024/185-95 (13 ޖަނަވަރީ 2024) ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރުން އަންގާފައިވެއެވެ.
58މި އަމުރު މުރާޖައާކުރުމަށް މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން އެދިފައިވެއެވެ. މި އެދުމުގެ މައްޗަށް، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު މުރާޖަޢާކުރުމަށް މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން އެދިފައިވަނީ އަޙްމަދު ލަޠީފްގެ ފަރާތުން ބުނެފައިވާ ބުނުމެއްގެ މައްޗަށް ބިނާކޮށްކަމަށްވާއިރު، މަރްޔަމް ޖަނާން މުންޢިމް ބުނާ ބުނުމަށް އަޙްމަދު ލަޠީފްގެ ފަރާތުން އިންކާރުކޮށްފައިވާތީ، އަމުރު ނެރުނުއިރު އޮތް ޙާލަތު ބަދަލުވެފައިވާކަން މިހިނދު އެނގެން ނެތަތީ، މި ކޯޓުގެ ނަންބަރު B8/CHT/2024/185-95 (13 ޖަނަވަރީ 2024) "ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު" އަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް މި ކޯޓުގެ ނަންބަރު B8/CHT/2024/2186-95 (27 ޖޫން 2024) "ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު މުރާޖަޢާކޮށް ނިންމިގޮތް" އިން ނިންމާފައިވެއެވެ.
59އެއަށް ފަހު، މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ވަގުތީ އަމުރަކަށް އެދިފައިވެއެވެ. ވަގުތީ އަމުރަކަށް އެދިފައިވަނީ:
1.59. ސިވިލް ކޯޓުގެ ނަންބަރު 2022/CVC/3275 ޤަޟިއްޔާގެ ޙުކުމުގައި އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ދެއްކުމަށް ކަނޑައަޅާފައިވާ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށާއި، މިގޮތުން […] ގޭގެ ސެކަންޑް ފްލޯ ކުއްޔަށް ދީގެން އިސްތިއުނާފުކުރާ ފަރާތަށް ލިބޭ އާމްދަނީ ސިވިލް ކޯޓަށް ދެއްކުމަށް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށާއި،
2.59. އިސްތިއުނާފު ރައްދުވާ ފަރާތަށް ތަން ޙަވާލުނުކޮށް އިސްތިއުނާފުކުރާ ފަރާތުގެ ބެލުމުގެ ދަށުގައި […] ގޭގެ ފަސްޓް ފްލޯރ އާއި ސެކަންޑް ފްލޯރ ހުންނަ މުއްދަތުގައި ތަނަށް ލިބޭ އެންމެހާ ގެއްލުންތަކަށާއި ތަނުގެ ކަރަންޓު ބިލާއި ފެން ބިލްތަކަށްވ ފައިސާ ދެއްކުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެއްކަމަށް ކަނޑައަޅައިދިނުމަށާއި،
3.59. […] ގޭގެ ފަސްޓް ފްލޯރ ވީރާނާވެދިއުން ހުއްޓުވުމުގެ ގޮތުން އެތަން މަރާމާތުކޮށް ބޭނުންކުރުމުގެ ހައްގު ހައިކޯޓުގެ މައްސަލަ ނިމުމާ ހަމައަށް ލިބިގެންވަނީ އިސްތިއުނާފު ރައްދުވާ ފަރާތަށްކަމަށް ކަނޑައަޅައި، އަދި […] ގޭގެ ފަސްޓް އަދި ސެކަންޑް ފްލޯރ ކުއްޔަށް ދީގެން ލިބޭ އާމްދަނީ އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ނުދައްކާނަމަ، އެތަން ކުއްޔަށް ދީ މިއަށް ވާސިލުވި ސަބަބުތައް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު B8/CHT/2024/2186-95 (27 ޖޫން 2024) ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު މުރާޖަޢާކޮށް ނިންމިގޮތުގައި ތަފްޞީލުކޮށްފައިވެއެވެ. އެތަނުން ލިބޭ އާމްދަނީ ސިވިލް ކޯޓަށް ދެއްކުމަށްޓަކައި އެތަން އިސްތިއުނާފު ރައްދުވާ ފަރާތަށް ޙަވާލުކުރުމަށް ކަމާބެހޭ އެންމެހައި ފަތާތްތަކަށް އަންގައި އެގޮތުގެ މަތިން އަމުރު ކޮށްދިނުމަށެވެ.
60މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ވަގުތީ އަމުރަށް ހުށަހަޅާފައިވާ ސަބަބުތަކަށާއި، އެދިފައިވާ ވަގުތީ އަމުރަށް ރިޢާޔަތްކޮށް، މަރްޔަމް ޖަނާން މުންޢިމް އެދިފައިވާ ފަދަ ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމުގައި މި ކޯޓުގެ ނަންބަރު B8/CHT/2024/3805-95 (22ސެޕްޓެންބަރު 2024) ވަގުތީ އަމުރާމެދު ނިންމި ގޮތުން ކަނޑައަޅާފައިވެއެވެ.
61އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ އަލީގައި، މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހެނީ އަންނަނިވި ކަންކަމަށެވެ.
1.61. އިސްތިއުނާފު ރައްދުވާ ފަރާތުގެ އިސްތިއުނާފުގެ މަރުހަލާގައި ހުށަހެޅުމަށް އެދޭ ހެކި ބަލައިގަނެވޭނެތޯއާއި،
2.61. މި މައްސަލަ ދަށު ކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤޟިއްޔާގައަ ކަނޑައަޅާފައިވާ އުސލުތަކާއި ޚިލާފަށްތޯ ނުވަތަ ނޫންތޯއާއި،
3.61. އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ފާޠިމަތު ޙުސައިންގެ ހެކި ބަހުގެ ބަޔާނާއި ގުޅޭ ގޮތުން ދަށު ކޯޓުން ޢަމަލުކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 325 ވަނަ މާއްދާއާއި އެ ޤާނޫނުގެ 326 ވަނަ މާއްދާއާ ޚިލާފަށްތޯ ނުވަތަ ނޫންތޯއާއި، މިއަށް ވާސިލުވި ސަބަބުތައް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު B8/CHT/2024/3805-95 (22 ސެޕްޓެންބަރު 2024) ވަގުތީ އަމުރާމެދު ނިންމިގޮތުގައި ތަފްޞީލުކޮށްފައިވެއެވެ.
4.61. މި މައްސަލައިގައި ޚުޞޫމާތު އެފެދިފައިވާ އެއްބަސްވުމުގައި ކޮންސިޑަރޭޝަން ފުރިހަމަނުވާކަމަށް ނިންމާފައިވަނީ، މި އެއްބަސްވުމުގެ 4 ވަނަ މާއްދާއަށް ރިޢާޔަތްކުރުމެއްނެތި، ކޮންޓްރެކްޓާބެހޭ ޤާނޫނާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/24 ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްތޯ ނުވަތަ ނޫންތޯއާއި، އަދި
5.61. ކުލީގެ މިންވަރު ކަނޑައަޅާފައިވަނީ ކުލީގެ މިންވަރަށް އިސްތިއުނާފުކުރާ ފަރާތުން އިންކާރުކޮށްފައިވަނިކޮށް އެކަމަށް ރިޢާޔަތްކުރުމެއްނެތިތއާއި ކުލީގެ މިންވަރު ކަނޑައަޅާފައިވާފައިވޯ އަސާސް އެނގެންއޮތްތޯއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުގެ މަރުހަލާގައި ހުށަހަޅާފައިވާ އައު ހެކި ބަލައިގަތުމާއި ގުޅޭ
62ޕްރިސިޑެންސް 1ހައިކޯޓުގ އ މައްސަލި ބެލުމުގެ އާންމު އުސޫލަކީ ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން މައްސަލަ ހިންގައި، ފައިސަލާކުރުމެވެ. އެހެނަސް، ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ލިބިފައި ނުވާ ހެކި، އިސްތިއުނާފުގެ މަރުހަލާގައި ހުށަހެޅުމަށް ހުރަހެއްނެތެވެ. މިކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރެއެވެ.
63އަލަށް ހުށަހެޅޭ ވާޤިއާއ ހެކި ބަލައިގަތުމުގައި ރިޢާޔަތްތެރިކަން ދޭންޖެހޭނެ ކަންކަމާއި ޙާލަތްތައް އިތުރަށް ފުޅާ ކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގައެވެ. މިގޮތުން މި ޤާނޫނުގެ 289 ވަނަ މާއްދާގައިވަނީ އިސްތިއުނާފުކޮށްފައިވ މައްސަލައަކާ ގުޅިގެނާ އެއްވެސް އައު ވާޤިއާއެއް ނުވަތަ ހެއްކަކަށް ރިޢާޔަތްކުރަންވާނީ ހަމައެކަނީ އަންނަނިވި ހާލަތްތަކުގައި ކަމުގައެވެ. އެ ޙާލަތްތަކަކީ،
1. އެ އައު ވާޤިއާ އެއް ނުވަތަ ހެއްކެއް ލިބުނު ވަގުތު ހުށަހަޅާފައިވުން؛ މިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) އަދި (ށ) ގައިވެސް ބަޔާންކުރެއެވެ.
2. އެންމެ ފަރުވާތެރިކަމާއެކު މަސައްކަތްކޮށް ފައިވީނަމަވެސ ކޯޓަށް އެ ވާޤިއާތަކާއި ހެކި ހުށަހެޅިފައި ނުވުން؛
3. އެ ވާޤިއާތަކާއި ހެއްކަކީ މައްސަލައިގެ ނިންމުމަށް އޭގެ ސަބަބުން އެކަށީގެންވާ ބޮޑު ބަދަލެއް އަތުވެދާނެ ވާޤިއާއެއް ނުވަތަ ހެއްކެއް ކަމުގައިވުން؛ މިއެވެ.
64އިސްތިއުނާފީ މަރުހަލާއަކީ، ފުރަތަމަ މަރުހަލާގެ ކޯޓަށް ހުށަހެޅުނު މުޅި ދަޢުވާ އަލުން ބަލާ އުޞޫލުން ނުވަތަ ފުރަތަމަ މަރުހަލާގެ ކޯޓުން ކުރި ޙުކުމާގުޅޭ އެންމެހައި އުންޞުރުތަކާއި ވާޤީޢާތަކާއި ހެކި ވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު ތަޠުބީޤުކޮށްފައިވާގޮތާއި މި އެންމެހާ ކަންކަން ބަލާ މަރުހަލާއެއް ނޫން ކަމުގައިވީނަމަވެސް، ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި އިސްތިއުނާފީ ކޯޓަށް ހުށަހެޅުމަށް ހުރަހެއްނެތްކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި އޮންނަ އޮތުމުގެ މައްޗަށް ބަލާއިރު، މިއީ ހަމައެކަނި އިސްތިސްނާ ޙާލަތެއްގައި ލިބިދެވޭ ފުރުޞަތެއްކަން އެނގެއެވެ.
65އިސްތިއުނާފީ މަރުހަ ލާގައި އައު ހެކި ބަލައިގަތުން އިސްތިސްނާ ޙާލަތްތަކަށް ވަނީ މަހުދޫދުކުރެވިފއަވެ. އެ އިސްތިސްނާ ޙާލަތްތަކަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 289 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތްތަކެވެ. އެއީ ހެއްކެއް ނުވަތަ ވާޤީއާއެއް ލިބުމާއިއެކު ހުށަހަޅާފައިވުމާއި، އެ ހެކި ނުވަތަ ވާޤީޢާއަކީ ފަރުވާތެރިކަމާއެކު މަސައްކަތްކުރިނަމަވެސް ހުށަނޭޅޭނެ ހެއްކަމަށ ނުވަތް ވާޤީޢާއެއް ކަމަށްވުމާއި، އަލަށް ހުށަހެޅޭ ވާޤީއާތަކާއި ހެއްކަކީ މައްސަލައިގެ ނިންމުމަށް ބޮޑު ބަދަލެއް އަތުވެދާނެ ވާޤިއާ ނުވަތަ ހެއްކަކަށްވުމެވެ.
66ޕްރިސިޑެންސް 2މަދަނީ އިޖުރާއަތުގެ ޤާނޫނު ވުޖޫދުވުމުގެ ކުރިން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ
(ށ) ގެ އަލީގައި، މި އިސްތިސްނާ ޙާލަތްތަކުގެ ތަފްޞީލު ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގަ 289 މި މޭރުމުން މިކަން ދިވެހިރާއްޖޭގ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވެސް ބަޔާންކުރެއެވެ. ވަނަ މާއްދާގެ ތެރެއިން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އިސްތިސްނާ ޙާލަތްތަކަށް ބަލާއިރު، އެ ޤަޟިއްޔާގައި ތަފްޞީލުކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 289 ވަނަ މާއްދާގައި ބަޔާންކުރާ 2 ވަނަ ޙާލަތާއި 3 ވަނަ ޙާލަތުކަން އެނގެއެވެ. މިގޮތުން، މި އިސްތިސްނާ ޙާލަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކުރާ ކުރުމަށް ބަލާއިރު، ދަށު ކޯޓަށް ހުށަނޭޅޭ އައު ހެކި އިސްތިއުނާފީ ކޯޓަށް ހުށަހެޅުމުގައި އަންނަނިވި ޙާލަތްތައް ފާހަގަކޮށްފައިވެއެވެ.
1. ދަށު ކޯޓު މަރުހަލާ ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތެއް ކޮށްގެންވސެ ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ އައު ހެކި؛
2. ދަށު ކޯޓު މަރުހަލާ ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތެއް ކުރިނަމަ ހުށަހެޅުމުގެ ފުރުޞަތު ލިބޭނެ، އެކަމަކު ހުށަނާޅާ ހެކި؛
3. ދަށު ކޯޓު މަރުހަލާގައި ލިބެން ހުރި ހެކި ނަމަވެސް، ދަށު ކޯޓުން މައްސަލަ ނިންމާ ގޮތެއްގަ ސަބަބުން ހައިކޯޓަށް ހުށަހަޅާ އިތުރު ހެކި؛ މިއީ މައްސަލަ ދަށު ކޯޓުގައި ހިނގަމުންދިޔައިރު އެކަށީގެންވާ މަސައްކަތްތަކެއް ކޮށްގެންވެސް އެ މަރުހަލާގައި ނުލިބޭ ހެކި، އެކަމަކު ފަހުން ހައިކޯޓުގެ މަރުހަލާގައި ލިބުން މެދުވެރިވާ ހެއްކެވެ. އެފަދަ ހެއްކެއް ހައިކޯޓަށް ބަލައިގަތުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު މަގުފަހިކޮށްދޭކަމުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 (މޯލްޑިވްސ އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގެ 24 ވަނަ ނުކުތާގައި ބަޔާންކުރެއެވެ. މިކަމުގެ މިސާލެއްގެ ގޮތުގައި، ދަޢުވާއެއް ނުވަތަ ރައްދު ދަޢުވާއެއް ސާބިތުކޮށްދިނުމަށް ބޭނުންވަ ޚަޞްމެއްގެ އަތުގައި ކަމާ ގުޅޭ ހެކި ފަސޭހައިން ގެންނަން ނުހުރެދާނެކަމާއި، އެހެނަސް، އެ ހެއްކެއް ހޯދުމަށްޓަކައި އެކަށީގެންވާ މަސައްކަތެއް ކުރިނަމަ، އެ ހެއްކަކީ ދަށު ކޯޓު މަރުހަލާގައި ހުށަހެޅުމުގެ ފުރުޞަތު އޮތް ހެއްކަކަށް ވެދާނެކަމާއި، މި ޙާލަތުގައި ހައިކޯޓަށް ހުށަހެޅޭ ހެކި ބަލައިނުގަތުމަށް ކޯޓުން ނިންމިދާނެކަމާއި، ދަޢުވާ އަކާމެދު އިސްތިއުނާފުކުރެވޭނެ މަރުހަލާތަކެއް އޮތުމަކީ ފަރުވާކުޑަކުރުމަށް ނުވަތަ އިހުމާލުވުމަށް އޮތް އުޒުރެއްނޫންކަމުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 (މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގެ 28 ވަނަ ނުކުތާއާއި 29 ވަނަ ނުކުތާގައި ބަޔާންކުރެއެވެ. ބައެއް ފަހަރު ފަނޑިޔާރުގެ ރަޢުޔު ބަޔާންކުރާއިރު މައްސަލައިގެ ޚަޞްމެއް މައްސަލަ ކުރިއަށްދިޔަ އިރު ކަމެއްގައި ވަކި ގޮތަކަށް މާނަކުރެވެން އޮތްކަމުގެ އިހުތިމާލު އޮތްކަން އަންދާސާ ނުކުރާ، ނުވަތަ ވަކި ކަމަކަށް ހީނުކުރާ ފަދަ ބުރަދަނެއް މައްސަލަބެލި ފަނޑިޔާރު ދިނުން އެކަށީގެންވާކަމާއި، ޢާންމުކޮށް މިކަހަލަ ޙާލަތް ކުރިމަތިވަނީ ދަށު ކޯޓުގައި ކުރި ދަޢުވާ ނުވަތަ ރައްދު ދަޢުވާ ބިނާވާ މައިގަނޑު ހެކިތަކުގެ މައްޗަކަށް ނޫންކަމާއި، މިސާލަކަށް ވަޒީފާއާ ބެހޭ މައްސަލައެއްގައި މުޅި ދަޢުވާ ބިނާވަނީ ވަޒީފާއިން ވަކިކުރިއިރު ދިން ލިޔުމުގައި ބަޔާންކުރެވިފައިވާ ސަބަބުގެ މައްޗަށްކަމަށްވާއިރު، އެ ލިޔުމުގައި ބަޔާންކުރެވިފައިވާ ސަބަބާ މުޅިން ތަފާތު އެހެން ހާދިސާތަކެއްގެ ވާހަކަ ވަޒީފާދިން ފަރާތުން ކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި ހިއްސާ ކުރުމުން، ދެފަރާތުންވެސް އެކަންކަމާމެދު ވާހަކަ ދެއްކިނަމަވެސް، މައްސަލަ ނިންމާ ގޮތަކުން އެކަމަކަށް ދެވޭ ބުރަދަނާ މެދު ސުވާލު އުފެދިދާނެކަމާއި، މިފަދަ
4. ދަށު ކޯޓު މަރުހލާގައަ ލިބެން ހުރި ހެކި އަދި އެ މަރުހަލާގައި ހުރިހާ ފަރާތްތަކުން އެ ހެއްކަށް ދިން ބުރަދަން ކުޑަވި ނަމަވެސް، އިސްތިއުނާފުގެ މަރުހަލާގައި އެ ހެއްކާ ގުޅަ ތަފްޞީލު ހުށަހެޅުމަށް ހައިކޯޓު ފަނޑިޔާރުންގެ އިސްނެގުމަކަށް އަންގައިގެން ހުށަހެޅޭ އިތުރު ހެކި؛ މިއެވެ.
67މި ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ ބަޔާންކުރަނިވި ޙާލަތްތަކުގެ އިތުރުންވެސް އައު ވާޤީޢ ނުވަތާ އައު ހެކި ހުށަހެޅުމުގެ އިތުރު ޙާލަތްތައްވެސް ހުރެދނެކަމާ އާ، ކޮންމެ މައްސަލައެއްގައިވެސް ރިޢާޔަތްކުރަންޖެހޭނީ އެ މައްސަލައެއްގެ ވަށައިގެންވާ ޙާލަތްތައް ކަމުގައެވެ. އައު ހެކި ނުވަތަ ވާޤީއު ބަލައިގަތުމުގެ އުސޫލުތަކަކީ މުޠުލަޤުކޮށް ހުށަހެޅޭ ހުރިހާ މައްސަލަތަކަށް، އެއްވެސް އިސްތިސްނާއެއް ނެތި ތަޠުބީޤުކުރެވޭ އުސލުތަކެއްނޫންކަމާއި، މިކަން ބެލުމުގައި އެންމެ މުހިންމު މިންގަނޑަކީ ވަކި ގޮތަކަށް ޢަމަލުކޮށްގެން އެ މައްސަލައެއްގައި އިންސާފު ޤާއިމުކުރެވޭނެތޯ ނުވަތަ ނޫންތޯ ކަމުގައެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ މި އުސޫލު އެ ކޯޓުގެ ގިނަ ނިންމުންތަކުގައި ޙަވާލާދީ، ތަޠުބީޤުކޮށްފައިވެއެވެ. ޙާލަތެއްގައި، ދަށު ކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން އެކަމުގެ މައްޗަށް ބިނާކޮށް، ނިންމުން ރަނގަޅު ނޫންކަން ސާބިތުކޮށްދިނުމުގެ ގޮތުން އެކަމަކާ ސީދާ ގުޅުންހުރި އެހެނިހެން އައު ހެކި ނުވަތަ އައު ވާހަކަތަކެއް ދެއްކުމުގެ ފުރުޞަތު އިސްތިއުނާފީ މަރުހަލާގައި އޮވެދާނެކަމާއި، މިއީ ދަށު ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު ހުށަހެޅުމުގެ ފުރުޞަތު އޮތްނަމަވެސް، މައްސަލަ ނިންމާއިރު އެކަމަކަށް ދެވޭ ބުރަދަނެއްގެ ސަބަބުން އިތުރު ހެކި ހުށަހެޅުމަށް އިސްތިއުނާފު ކުރާ ފަރާތުން އެދޭ ޙާލަތްކަމުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 (މޯލްޑިވްސ އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގެ 30 ވަނަ ނުކުތާއާއި 31 ވަނަ ނުކުތާގައި ބަޔާންކޮށްފައިވެއެވެ. ދަށު ކޯޓުން އެކަށީގެންވާ ވަރަށް މަޢުލޫމާތު ސާފުނުކުރުމުގެ ސަބަބުން، ނުވަތަ ދަށު ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުގެ ނަޒަރުގައި އެ މައްސަލަ ނިންމުމަށްޓަކައި މުހިންމު މަޢުލޫމާތެއް ނޫންކަމަށް ޤަބޫލުކުރެވިއްޖެ ޙާލަތެއްގައި، ހައިކޯޓުން އެކަމަކާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް އޮތް ހުރަހެއް ނޫންކަމަށްވާއިރު، މައްސަލައިގެ ދެ ޚަޞްމުންވެސް ހުށަނާޅާ އަދި މައްސަލަ ނިންމުމުގައި ދަށު ކޯޓުންވެސް އެއަށް މާ ބޮޑު ބުރަދަނެއް ނުދޭ، އެކަމަކު މައްސަލައާ ސީދާ ގުޅުންހުރިކަމަށ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭ އިތުރު މަޢުލޫމާތު ހޯދުމުގެ ގޮތުން މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހުށަހަޅަ ން ހައިކޯޓުން އަންގާ، މައްސަލަ ބެލުމުގެ ތެރޭގައި މައްސަލައާ ގުޅުންހުރި އަދި މައްސަލައަށް މުހިންމުކަމަށް ފެންނަ ހެކި ނުވަތަ އައު މަޢުލޫމާތު ހުށަހެޅުމަށް އެންގުމުގެ ބާރު ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ނ)، (ރ) އަދި (ބ) ގެ ދަށުން ހައިކޯޓު ފަނޑިޔާރުންނަށް ލިބިދީފައިވާއިރު، އެފަދަ ހެއްކަކީ ނުވަތަ މަޢުލޫމާތަކީ އެ މައްސަލައެއްގައި އިންސާފު ޤާއިމްކުރުމުގެ މަޤުޞަދުގައި ފަނޑިޔާރުންނަށް ހޯދިދާނެ ހެކި ކަމުގައި ސުޕްރީމް ކޯޓުގެ ނަންބަރު -2016/SC A/18 (މޯލްޑިވްސ އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގެ 32 ވަނަ ނުކުތާއާއި 33 ވަނަ ނުކުތާގައި ބަޔާންކޮށްފައިވެއެވެ. މީގެ ތެރެއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/92 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2021/SC-A/17 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2017/SC-A/71 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2019/SC-A/72 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2021/SC-A/20 ޤަޟިއްޔާ ފާހަގަކުރަމެވެ.
68މިފަދަ އިސްތިސްނާ ޙާލަތްތަކުގައި އައު ހެކި ބަލައިގަތުމުގައި، ހުށަހެޅޭ އައު ހެއްކެއްގައި ފުރިހަމަވާންޖެހޭ އުންސުރުތައް ތަފްޞީލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައެވެ. އެ ޤަޟިއްޔާއިން މި ޙާލަތާއި ގުޅޭ ގޮތުން އަންނަނިވި ކަންކަން ކަނޑައަޅާފައިވެއެވެ.
1. އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އެ މައްސަލައެއް ދަށު މަރުހލާގައަ ހިނގަދިޔަމުންދިޔައިރު، އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްގެންވެސް ލިބިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަށްވުން availability)-(non
2. އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް ބަދަލު ނައިނަމަވެސް، އޭގެ ސަބަބުން އެ މައްސަލައިގެ މައުޟޫއަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން (relevance)
3. އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން (credibility)
69މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން އައު ހެއްކެއްގެ ގޮތުގައި ހުށަހެޅުމުގެ ހުއްދައެއް އެދޭ ހެއްކަކީ، ސިވިލް ކޯޓުގެ ނަންބަރު 2747/Cv-C/2017 ޤަޟިއްޔާގައި 19 މާރިޗް 2018ގައި މި މައްސަލައިގައި އިސްތިއުނާފުކުރާ، އަޙްމަދު ލަޠީފް ދީފައިވާ ހެކި ބަހެވެ.
70ސިވިލް ކޯޓުގެ ނަންބަރު 2747/Cv-C/2017 ޤަޟިއްޔާއަކީ، […] އިން އަލްމަރްޙމޫ އަޙްމަދު މުންޢިމްއަށ ލިބުން ބައި ވާރިސުންނާއި ޙަވާލުކޮށްފައިނުވާތީ އަލްމަރްޙޫމް އަޙްމަދު މުންޢިމްގެ ވާރިސުންގެ ފަރާތުން ފާޠިމަތު ޖަމްޝީދާ (މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތުގެ މަންމަ)، އެ ތަން ހިފައިގެން އުޅުނު ފާޠިމަތު ޙުސައިންގެ މައްޗަށް ހުށަހެޅި މައްސަލައެކެވެ. މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުންސުރުތަކަށް، މި ޤަޟިއްޔާގެ ފަހުން ސުޕްރީމް ކޯޓުން ނިންމާފައިވާ ޤަޟިއްޔާތަކުގައި ޙަވާލާދީފައިވެއެވެ. މިގޮތުން އެ ކޯޓުގެ ނަންބަރު 2021/SC-A/54 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2017/SC-A/40 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2021/SC-A/40 ޤަޟިއްޔާ ފާހަގަކުރަމެވެ.
71މި މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، […] ގައިވާ އިމާރާތުގެ ފަސްޓް ފްލޯރއާއި ސެކަންޑް ފްލޯރއަކީ ޢަލްމަރްޙޫމާ ޢާބިދާ ޢީސާގެ ދުނިޔޭގައި އެހެން ފަރާތަކަށް ކުއްޔަށް ދީފައިވާ ފަންގިފިލާތައް ކަމުގައި ފާޠިމަތު ޙުސައިން ބުނެފައިވެއެވެ. މި މައްސަލައިގައި ފާޠިމަތު ޙުސައިންގެ ފަރާތުން ޝަފަހީ ހެއްކެއްގެ ގޮތުގައި އަޙްމަދު ލަޠީފް ހުށަހެޅިއެވެ. ކުރިވެސް އިޝާރާތްކުރި ފަދައިން، މި އިސްތިއުނާފުގެ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން މި ޝަރީޢަތަށް ހެއްކެއްގެ ގޮތުގައި ތަޢާރަފުކުރުމަށް އެދިފައިވަނީ 19 މާރިޗް 2018 ގައި އަޙްމަދު ލަޠީފް ސިވިލް ކޯޓުގެ ނަންބަރު 2747/Cv-C/2017 ޤަޟިއްޔާގައި އަދާކޮށްފައިވާ ހެކިބަހެވެ.
72މި ހެކި ބަސް މި ޝަރީޢަތަށް މުހިންމުވާ ސަބަބެއްގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
1.72. މި ހެކި ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3275 ޤަޟިއްޔާ ކުރިއަށް ދިޔައިރު ސިވިލް ކޯޓަށް ހުށަހެޅިފައިނުވަނީ އެ ޤަޟިއްޔާ ކުރިއަށް ދިޔައިރު އެ ހެކި އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިނުވާތީއާއި، އިސްތިއުނާފުކުރާ ފަރާތުން ދީފައިވާ ހެކި ބަހަކީ ސިވިލް ކޯޓަށް ހުށަހެޅުނު ގޯތި ގެދޮރުން މީހުންނާއި މުދާ ނެރުމާ ގުޅޭ ގޮތުން ފާޠިމަތު ޖަމްޝީދާ، ފާޠިމަތު ޙުސައިންއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަކަށްވެފައި، އެ ޤަޟިއްޔާއަކީ އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ހިނގާފައިވާ މައްސަލައަކަށްނުވާތީއާއި، އިސްތިއުނާފުކުރާ ފަރާތނު ޝަރީޢަތަށް ދީފައިވާ ބަޔާނަކާ ކަނޑައެޅިގެން ޚިލާފަށް ކަމެއް ސާބިތުކުރުމަށް ދަޢުވާއެއް ހުށަހަޅާނެކަން އިސްތިއުނާފު ރައްދުވާ ފަރާތުން ޤަބޫލުކުރަންޖެހޭ ސަބަބެއް ނެތްކަން
2.72. އިސްތިއުނާފު ރައްދުވާ ފަރާތުން ހައިކޯޓަށް ހުށަހަޅާ އައު ހެއްކަކީ، އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓުގައި ކޮށްފައިވާ ދަޢުވާ އާއި ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފަކީ އަސާސެއް ނެތް، ސިވިލް ކޯޓުގެ ނަންބަރު 2747/Cv-C/2017 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓު" ގެ 2 ވަނަ ނުކުތާ ވުޖޫދުގައި ނުވާ ކަމެއްގެ މައްޗަށް ބިނާކޮށް އުފުލާފައިވާ ދޮގު ދަޢުވާއެއްކަން ސާބިތުކޮށްދޭ ހެއްކެއްކަން
3.72. ސިވިލް ކޯޓުގެ ނަންބަރު 2747/Cv-C/2017 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުން ދީފައިވާ ހެކިބަހަކީ، އެ މައްސަލައިގައި ނިއުޓްރަލް މަޤާމެއްގައި ހުރެ، މަދަނީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު 235/2007-MC/C އެއްބަސްވުން ފިޔަވައި އިތުރު އެއްބަސްވުމެއް އަލްމަރްޙޫމާ ޢާބިދާ ޢީސާއއެކު ވެފައިނުވާކަމަށާއި، އަލްމަރްޙޫމާ ޢާބިދާ ޢީސާ، އިސްތިއުނާފުކުރާ ފަރާތަށް ދޭންޖެހޭ ފައިސާއެއް ނެތް ކަމަށް ބުނެ، ޝަރީޢަތުގެ މަޖިލިހެއްގައި ހުވާކޮށް އިޤްރާރުވެ ދީފައިވާ ހެކިބަހަކަށްވާއިރު، އެ ހެކިބަހުގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއިމެދ ސުވާލު އުފެދޭނެ ސަބަބެއްނެތްކަން
4.72. މަދަނީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު 235/2007-MC/C އެއްބަސްވުމުގެ ޞައްޙަކަން ސާބިތުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅައި ބެލުނު ސިވިލް ކޯޓުގެ ނަންބަރު 3697/Cv-C/2018 ޤަޟިއްޔާއާއި، އެ ޤަޟިއްޔާގެ އިސްތިއުނާފީ ނަންބަރު 2019/HC-A/599 ޤަޟިއްޔާގައިވެސް އަލްމަރްޙޫމާ ޢާބިދާ ޢީސާއާއެކު އެހެން އެއްބަސްވުމެއް ވެފައިވާކަމުގައި ބުނެފައިނުވާކަން
5.72. މި ޙާލަތުގައި ހައިކޯޓުން މި ހެއްކަށް ރިޢާޔަތްކުރުމަކީ، އިންސާފުގެ މަޞްލަޙަތު ބޮޑަށް އޮތްގޮތްކަމާއި، ދަށު ކޯޓަށް ހެކި ހުށަނޭޅި އޮތް އޮތުމުގެ މައްޗަށް ބިނާކޮށް މި ހެކި ބަލައިނުގަތުމަށް މި ކޯޓުން ނިންމައިފިނަމަ، އެއީ މި މައްސަލައިގައި އަދުލު އިންސާފު ގާއިމުކުރުމުގައި ކުރިމަތިވެދާނެ ފާޅުކަން ބޮޑު އައިބެއްކަން
73މި އައު ހެކި ޝަރީޢަތުން ބަލައިގަތުމާ ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މި މައްސަލާގައި މި ހެކިބަސް، އެއީ 2747/Cv-C/2017 ޤަޟިއްޔާގައި އަޙްމަދު ލަޠީފް ދީފައި އޮތް ހެކިބަހަކީ ކުރިން އެނގިފައި ނެތް ހެކިބަހެއް ކަމުގައިވީނަމަވެސް، ފޠިމަތާ ޖަމްޝީދާއަކީ މި މައްސަލައިގައި ހިމެނޭ އިސްތިއުނާފު ރައްދުވާ ފަރާތުގެ (އެ ކުދިންގެ) މަންމަކަމާއި، މިހާރުވެސް މި މައްސަލާގައި ހިމެނޭ އަނެއް ދެ ކުދިންގެ ފަރާތުން ޙަޤީޤަތުގައި ކޯޓަށް އަންނަން ޖެހިއްޖެ ކަމަށްވނަމާ އަންނަންޖެހޭ ފަރާތަކީ ފާޠިމަތު ޖަމްޝީދކަމަށާއި، މިހާރު ވާހަކަ ދެކެވޭ ލިޔުންތައް ލިބިފައިނުވަނީ އެއީ މި މައްސަލައާ ގުޅޭ ނުވަތަ މި މައްސަލައާ ގުޅުން ހުރި ފަރާތެއް ނޫންކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނިނަމަވެސް، އެއީ މި މައްސަލައާ ގުޅޭ އަދި މި މައްސަލާގައި ޚަޞްމެއްގެ ގޮތުގައި ފާހަގަކުރެވޭ ފަރާތެއް ކަމުގައެވެ. އެހެންކަމުން، މިހާރު އައު ހެއްކެއްގެ ގޮތުގައި އެ ބަޔާން ހުށަހެޅޭނެކަމުގައ އިސްތިއުނާފުކުރި ފަރާތުން ޤަބޫލުނުކުރާކަމުގައެވެ.
74މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 289 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ތަރަހައިގެ ތެރެއިން މި މައްސަލައިގައި ކުރިމަތިވެފައިވާ ޙާލަތަކީ އައު ހެކި ބަލައިގަތުމުގެ އިސްތިސްނާ ޙާލަތެއްތޯ ބެލުމަށްފަހު، މި މައްސަލައިގައިވާ ޙާލަތު އިސްތިސްނާ ޙާލަތަށް ފެތޭނަމަ، އައު ހެކީގައި ފުހިހަމަވާންޖެހޭ އުންސުރުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަދައިން ފުރިހަމަވޭތޯ ބަލަންޖެހޭނެއެވެ.
75ޕްރިސިޑެންސް 3މިގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައިވާ ކަންކަމުގެ އަލީގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 289 ވަނަ މާއްދާގައި އައު ހެކި ބަލައިގަތުމަށަ ކަނޑައަޅާފައިވާ އިސްތިސްނާގެ ހަމަތައް ފުރިހަމަވޭތޯ ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތނު މި ކޯޓުގައި 23 ސެޕްޓެމްބަރ 2024ގައި ބޭއްވުނު އަޑުއެހުމުގައި މިފަދައިން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. މިފަދައިން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބުގެ ރައްދުގައި އިސްތިއުނާފުކުރާ ފަރާތުން ވާހަކަދައްކަމުންނެވެ. ބަޔާންކުރާ ފަދައިން މި މަރުހަ ލާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ހެއްކަކީ އެ ފަރާތް ޚަޞްމަކަށްނުވާ އަދި މިހާރު ހުށަހެޅިފައިމިވާ މައުޟޫއާގުޅޭ މައްސަލައަކަށްނުވާއިރު، އެ ލިޔެކިޔުންތަކަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ފަރުވާތެރިކަމާއެކު މަސައްކަތްކުރިނަމަވެސް، ވުޖޫދުގައިވާ ލިޔުމެއްކަން އެ ފަރާތަށް އެނގެންޖެހޭ ސަބަބެއް އޮތް ލިޔުމެއްނޫނެވެ. މި މައްސަލައާ ގުޅޭ ޝަރީޢަތުގެ ރިޕޯޓުތައް ދިރާސާކުރުމުގެ ތެރޭގައި ވުޖޫދުގައި އޮތް ލިޔުމެއްކަން އިސްތިއުނާފު ރައްދުވާ ފަރާތަށް އެނގުމުން، ވަގުތުން ހުށަހެޅީ ކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާ ބުނުމަކީ ޙަޤީޤަތާ އެއްގޮތަށް އެ ފަރާތުން ބުނާ ބުނުމެއްކަމަށް ބުރަވެވެއެވެ. އެހެނީ، މި ލިޔުމަކީ ދަށު މަރުހލާގައަ އެ ފަރާތުން އުފައްދާފައިވާ ދަފްޢަށް އިތުރު ބާރުވެރިކަމެއް ލިބޭނެ ލިޔުމެއް ކަމުގައި ބެލެވޭތީއެވެ. އެހެންކަމުން، މި ލިޔުމަކީ އައު ހެކި ބަލައިގަތުމަށް ކަނޑައަޅާފައިވާ އިސްތިސްނާގެ ތެރެއަށް ފެތޭ ލިޔުމެއް ކަމަށް ބުރަވަމެވެ.
76ދެން ބަލަންޖެހޭނީ އައު ހެކި ބަލައިގަތުމުގައި، ހުށަހެޅޭ އައު ހެއްކެއްގައި ފުރިހަމަވާންޖެހޭ އުންސުރުތައް ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުންސުރުތައް ފުރިހަމަވޭތޯއެވެ. މިކަމަށް ބަލާއިރު، އިސްވެ ބަޔާންކުރި ފަދައިން އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުގެ މަރުހަ ލާގައި ބަލައިގަތުމަށް އެދި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުމަކީ ދަށު މަރުހަލާގައި މައްސަލަ ހިނގަމުންދައިރު، އެއީ ވުޖޫދުގައިވާ ލިޔުމެއްކަން އެ ފަރާތަށް އެނގޭނެ އެކަށީގެންވާ ސަބަބެއް ނެތުމުގެ ސަބަބުން، އެކަށީގެންވާ މަސައްކަތެއް ކުރިނަމަވެސް ލިބޭނެ ހެއްކެއްކަމުގައި ނުދެކެމެވެ.
77އިސްވެ ބަޔާންކުރަނިވި ކަންކަމަށް ރިޢާޔަތްކޮށް، އައު ލިޔުމެއް ގެ ގޮތުގައި އިސްތިއުނާފީ މަރުހލާގައަ އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ސިވިލް ކޯޓުގެ ނަންބަރު 2747/Cv-C/2017 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުން ހެއްކެއްގެ ގޮތުގައި ޙާޟިރުވެ ދީފައިވާ ބަޔާނަކީ، މިހާރު ހުށަހެޅިފައިމިވާ އިސްތިއުނާފީ މައްސަލައިގެ ޚުޞޫމަތާއި ގުޅުން ހުރި މަޢުލޫމާތު ހިމެނޭ ހެކިބަހެއްކަމުގައިވާއިރު، އެއީ މި މައްސަލައާ ގުޅުން ހުރި މުހިންމު ލިޔުމއްކަމުގައި ދެކެމެވެ.
78އެހެނީ މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތާއި އަލްމަރްޙޫމާ ޢާބިދާ ޢީސާއ ދެމެދާ މަދަނު ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު 235/2007-MC/C އެއްބަސްވުމަށް އިޞްލާޙެއް ގެނެސް، އިތުރު 3 (ތިނެއް) އަހަރު ދުވަހަށް އެއްބަސްވުމެއް ވެފައިވާކަމުގައ އިސްތިއުނާފުކުރި ފަރާތުން ބުނާ ހިނދު، އެ އެއްބަސްވުން ވެފައިވާ ކަމަށް ބުނާ ތާރީޚުގެ ފަހު ތާރީޚެއްގައި ދަށު ކޯޓަށް ދީފައިވާ ހެކި ބަހެއް ކަމުގައިވާތީއެވެ. އަދި އެ ހެކި ބަހުގައި އިސްތިއުނާފުކުރާ ފަރާތާއި އަލްމަރްޙޫމާ ޢާބިދާ ޢީސާއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ޙަވާލާދޭ ތީއެވެ. ހަމައެއާއެކު، މި ލިޔުމަކީ އޭގެ ޞައްޙަކަމާމެދު މިހާރު ސުވާލު އުފެދޭނެ ފުރުޞަތެއް އޮތް ލިޔުމެއް ކަމުގައި ބެލޭނެ ހަމައެއް އޮތް ކަމުގައިވެސް ނުދެކެމެވެ. އެހެންކަމުން މި ލިޔުން އެއް ފަރާތްކޮށް، މައްސަލައިގައި ގޮތެއް ކަނޑައެޅުމަކީ އިންސާފުވެރި ގޮތެއް ކަމުގައި ނުދެކެމެވެ.
79އިސްވެ ބަޔާންކުރަނިވި ކަންކަމަށް ރިޢާޔަތްކޮށް، އިސްތިއުނާފު ރައްދުވާ ފަރާތުން އއ ހެއްކެއްގެ ގޮތުގައި މި މަރުހލާގައަ ހުށަހަޅާފައިވާ ލިޔުން ބަލައިގަނެ، މި ލިޔުމަށް ބުރަދަންދޭންޖެހޭ ކަމުގައި ދެކެމެވެ. އެހެނަސް، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ އަލީގައި، ދަށު ކޯޓުގެ ނިންމުން ރަނގަޅުތޯ ނުވަތަ ނޫންތޯ ވަޒަންކުރުމުގައި މި ލިޔުމަށް ދެވޭނެ ބުރަދަން ކަނޑައެޅިގެންދާނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދޭ ހިނދުގައެވެ. މައްސަލަ ނިންމުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފުވެފައިވޭތޯ
80އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި ޚުޞޫމާތު އުފެދިފައިވާ އެއްބަސްވުމުގެ ޞައްޙަކަށް ކަށަވަރުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ދަށު ކޯޓުން މާނަކޮށްފައިވާކަމުގައެވެ. އެހެންކަމުން، އެއީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ
(ށ) ގެ 2 ވަނަ ނަންބަރާ ޚިލާފު ނިންމުމެއް ކަމުގައެވެ.
81ޕްރިސިޑެންސް 4މިފަދައިން މި ނުކުތާ ގެނެސްފައިވުމުން، ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަކީ ކޮބައިތޯ ބަލާއިރު، ޑޮއިކުމަންޓާގުޅޭ ގޮތުން ހެކީގެ އަންނަނިވި އާންމު އުސޫލުތައް އެ ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
1.81. އަމިއްލަ ޑޮކިއުމަންޓެއްގައި ހިމެނޭ ކަންކަން ސާބިތުކުރެވޭނީ އެ ޑޮކިއުމަންޓުގެ އަސްލު ހުށަހަޅައިގެންކަމާއި، ނުވަތަ އެ ޑޮކިއުމަންޓުގެ އަސްލު ވުޖޫދުގައި އޮތް ނަމަވެސް ނުވަތަ ނެތް ނަމަވެސް ކޯޓުން ގަބޫލުކުރާ ގޮތަކަށް އެ ޑޮކިއުމަންޓުގެ ނުވަތަ އެ ޑޮކިއުމަންޓުގެ ކަމާބެހޭ ބައިގެ ކޮޕީއަކ އަސްލީ އެއްގޮތް ކޮޕީއެއް ކަމަށް ބަޔާންކޮށް ތަސްދީޤުކޮށްފައިވާ ކޮޕީއަކުންކަން
2.81. ޑޮކިއުމަންޓުގައި ސޮއިކުރި ފަރާތުން އިންކާރުނުކުރާހައި ހިނދަކު، އެ ޑޮކިއުމަންޓަކީ އޭގައި ސޮއިކޮށްފައިވާ ފަރާތުން ސޮއިކޮށްފައިވާ ޞައްޙަ ޑޮކިއުމަންޓެއް ކަމަށް ބެލެވޭނެކަން
3.81. އަމިއްލަ ޑޮކިއުމަންޓެއްގެ ސޮޔާމެދު ނުވަތަ އެ ޑޮކިއުމަންޓުގެ ޞައްޙަކަމާމެދު މައްސަލައިގެ އަނެއް ޚަޞްމު އިންކާރުކޮށްފިނަމަ، އެކަން ދެން ސާބިތުކުރެވޭނީ އެ ކަންކަން ސާބިތުކުރުމަށް އާންމު އުސޫލުން ހެކި ހުށަހަޅައިގެންކަން
4.81. ޑޮކިއުމަންޓގު ޞައްޙަކަމާމެދު ޑޮކިއުމަންޓް ހުށަހެޅި ފަރާތް ނޫން އަނެއް ފަރާތުން އިންކާރުކޮށްފިނަމަ، އޭގެ ޞައްޙަކަން ސާބިތުކޮށްދިނުމަކީ އެ ޑޮކިއުމަންޓު ހުށަހެޅި ފަރާތުގެ ޒިންމާއެއްކަން
5.81. ޑޮކިއުމަންޓަކާމެދު ޚަޞްމުންގެ މެދުގައި ޚިލާފު އުފެދިއްޖެނަމަ، އެ ޑޮކިއުމަންޓު ހެކީގެ ގޮތުގައި ހުށަހެޅި ޚަސްމަށް ކޯޓުން އަންގަންވާނީ އެ ޑޮކިއުމަންޓްގެ އަސްލު (އަސާސީ ހެކި) ހުށަހެޅުމަށާއި، އެ ލިޔުމުގައި ސޮއިކުރި ފަރާތް ދުނިޔޭގައި ހުރިނަމަ އެ ފަރާތާއި އެ ލިޔުން ތައްޔާރުކުރި މީހުންނާއި، އެ ލިޔުމުގައި ސޮއިކުރިއިރު ބަޔަކު ހެކިންގެ ގޮތުގައި ތިބިނަމަ، އެ ބަޔަކާއި، އަދި އެނޫންވެސް އެހެން ސާނަވީ ހެކި ހުރިނަމަ އެ ހެއްކެއް ހުށަހެޅުމަށްކަން
6.81. ދަޢުވާކުރާ ފަރާތުން ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ޑޮކިއުމަންޓެއްގެ ޞައްޙަކަމާމެދު ދަޢު ވާލިބޭ ފަރާތުން އިންކާރުކުރާނަމަ، އަދި އެ ޑޮކިއުމަންޓުގެ ޞައްޙަ ކަން ދަޢުވާކުރާ ފ ރާތަށަ ސާބިތުކޮށްދެވެނ ނެތް ޙާލަތެއްގައި، އެ ޑޮކިއުމަންޓުގައި ބަޔާންކުރާ މުޢާމަލާތާއި އެހެނިހެން ވާޤިއާތައް ހެކީންގެ ހެކިބަހުން ނުވަތަ އެނޫންވެސް ގަރީނާތަކުނ ސާބިތުކޮށް ދިނުމުގެ ފުރުޞަތު ދަޢުވާކުރާ ފަރާތަށް އޮންނާނެކަން
82ޕްރިސިޑެންސް 5މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އެ ފަރާތުން ހުށަހަޅާފައިވާ އެއްބަސްވުމަށް އެ އެއްބަސްވުމުގައި ސޮއިކުރި ފަރާތުން އިންކާރުނުކުރާކަމުގައެވެ. އެއްބަސްވުމުގައި ސޮއިކުރި ފަރާތްތަކަކީ އިސްތިއުނާފުކުރާ ފަރާތާއި އަލްމަރްޙޫމާ ޢާބިދ ޢީސާ ކަނާ އެނގެންއޮތްއިރު، އެއްބަސްވުމުގައި ސޮއިކުރި އެއް ފަރާތްކަމުގައިވާ އަލްމަރްޙޫމާ ޢާބިދ ޢީސާ ވަނީ ނިޔާވެފައެވެ. އެހެންކަމުން، ޚުޞޫމާތު އުފެދިފައިވާ މި އެއްބަސްވުމާއި އެއްކޮޅަށް ވާހަކަދެއްކުމުގެ ނުވަތަ އެއަށް އިންކާރުކުރުމުގެ ފުރުޞަތެއް އެއްބަސްވުމުގައި ސޮއިކުރި އެއް ފަރާތަކަށް ނެތެވެ. ދެން ތިބީ އެ ފަރާތުގެ، އެހެނީ އަލްމަރްޙޫމާ ޢާބިދާ ޢީސާގެ ވާރިސުންނެވެ. އަލްމަރްޙޫމާ ޢާބިދ ޢީސާ ނިޔާވުމުން، އެއްބަސްވުމުގެ ދަށުން އުފެދޭ ތަޢާޤުދީ އިލްތިޒާމުތަކާއި، އެއްބަސްވުމުގެ ދަށުން ލިބިދޭ ތަޢާޤުދީ މަންފާތައް އަލްމަރްޙޫމާ ޢާބިދާ ޢީސާގެ ވާރިތުންގެ މައްޗަށް ނަގުލުވެގެން ދާނެއެވެ. އެގޮތުން، މި މައްސަލައިގައި ދަށު ކޯޓުގައި ދަޢުވާ ލިބުނު ފަރާތަކީ އަލްމަރްޙޫމާ ޢާބިދާ ޢީސާގެ ވާރިސެކެވެ. އަލްމަރްޙޫމާ ޢާބިދާ ޢީސާގެ ވާރިސެއްގެ ހައިސިއްޔަތުންނާއި، އަދި ދަށު ކޯޓުގައި ދަޢުވާ ލިބުނު ފަރާތުގެ ހައިސިއްޔަތުން އެ އެއްބަސްވުމަށް އެ ފަރާތުން އިންކާރުކުރެއެވެ.
83އިސްވެ ބަޔާންކުރަނިވި ކަންކަމަށް ބަލާއިރު، އެންމެ އަސާސީ އެއްކަމަކީ، ޝަރީޢަތަށް ޚަޞްމަކު ހުށަހަޅާ ޑޮކިއުމަންޓެއްގެ ޞައްޙަކަމާމެދު އަނެއް ޚަސްމުގެ ފަރާތުން އިންކާރުކޮށްފިނަމަ، އެ ޑޮކިއުމަންޓަކީ ޞައްޙަ ޑޮކިއުމަންޓެއްކަން ސާބިތުކޮށްދޭންޖެހޭނީ އެ ޑޮކިއުމަންޓް ހުށަހެޅި ފަރާތުންކަމެވެ. އެކަން ކުރެވެން އޮތް ގޮތަކީ، އެއްބަސްވުމުގެ އަސްލު ޝަރީޢަތަށް ހުށަހެޅުމެވެ. މި ކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އެއްބަސްވުމުގެ އަސްލު ޝަރީޢަތަށް ހުށަހެޅުމަށް އަންގާފައިނުވާކަމުގައެވެ. މިއީ ޝަރީޢަތުން އަންގައިގެން ކުރަންޖެހޭ ކަމެއް ނޫނެވެ. މިއީ ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ އަލީގައި، އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުން ޑޮކިއުމަންޓްގެ ޞައްޙަކަން ސާބިތުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން އަދާކުރަންޖެހޭ ޒިންމާއެކެވެ. މިކަމީ ވަކި ފަރާތަކުން ބުނެގެން، އާދޭސްކޮށްގެން ކުރަންޖެހޭ ކަމެއް ގޮތުގައި އޮތް ކަމެއް ނޫނެވެ. މައްސަލައިގައި ޚަޞްމުން ތަމްސީލުކުރަނ ޤާނޫނީ ވަކީލުން ކަމަށްވާއިރު، މިއީ ޤާނޫނީ ވަކީލުންނަށް ފަރިތަ މައުޟޫއަކަށަ ވާންޖެހޭނެއެވެ.
84އިސްތިއުނާފީ މަރުހަ ލާގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ދަށު ކޯޓަށް ހުށަހަޅާފައިވަނީ އެއްބަސްވުމުގެ އަސްލު ކަމުގައެވެ. މިފަދައިން އިސްތިއުނާފުކުރާ ފަރާތުން ބުނިނަމަވެސް، އެއީ މިފަދައިން މި ފާހަގަކުރަނީ އާންމު އުޞޫލަކީ ކޮންޓްރެކްޓެއްގައި ހިމެނޭ ބައިވެރިޔަކު މަރުވެއްޖެނަމަ، އެ ކޮންޓްރެކްޓުގެ ދަށުން މަރުޙޫމަށް ލިބިފައިވާ ޙައްޤުތައް ކޮންޓްރެކްޓް ބާޠިލުނުވަހާ ހިނފަކު، އެ މަރްޙޫމްގެ ވާރިސުންގެ މައްޗަށް ނަގުލުވެގެންދާތީއެވެ. މިފަދައިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/10 މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޒިމާ އަދި އިތުރު 3 ފަރާތެއް ޤަޟިއްޔާގައި ބަޔާންކުރެއެވެ. މި ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ ބިމަކާ ގުޅޭ ގޮތުން ދެ ފަރާތުގެ ދެމެދުގައި ގާއިމުކުރެވޭ ކުލީގެ ހައްގާއި، ރަހުނުގެ ހައްގާއި، ލިއެންގެ ހައްގަކީ މުދަލުގެ މައްޗަށް އުފެދޭ ހައްގުތަކެއް ކަމުގައި ވާތީ، އެކަކުގެ ކިބައިން އަނެކާއަށް ބިން ނަގުލުވާނީ ބިމާ ގުޅިފައިވާ ކުލީގެ އިލްތިޒާމްތަކާއި ރަހުނުގެ އިލްތިޒާމްތަކާއި ލިއެންގެ އިލްތިޒާމްތަކާއި އެކުގައި ކަމަށެވެ. އެއްބަސްވުމުގެ އަސްލު ނޫންކަން އެނގެއެވެ. އަދި އަސްލު ދަށު ކޯޓުގެ ޝަރީޢަތަށް ހުށަހަޅާފައިނުވާކަން ވެސް އެނގެއެވެ.
85ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި މަގު ކޮށައިދީފައިވާ ގޮތުން، އިސްތިއުނާފުކުރާ ފަރާތުން ދެން ޢަމަލުކުރަންޖެހޭ ގޮތަކީ، އެ އެއްބަސްވުން ސޮއިކުރި ފަރާތް، ނުވަތަ އެ ޑޮކިއުމަންޓު ތައްޔާރުކުރި ފަރާތް ނުވަތަ އެ ޑޮކިއުމަންޓުގައި ސޮއިކުރިތަނ ދުށް މީހުން ހެކިންގެ ގޮތުގައި ޙާޟިރުކުރުމެވެ. މި މައްސަލައިގައި އެއްބަސްވުމުގެ ޞައްޙަކަން ސާބިތުކުރުމަށް 3 ޝަފަހީ ހެކިން، ޢަބްދުލްޙަމީދު ޢަބްދުލްފައްތާޙު، މުޙައްމަދު ވަޙީދު އަދި ފާޠިމަތު ޙުސައިންގެ ނަން އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅިނަމަވެސް، އޭގެ ތެރެއިން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ ފާޠިމަތު ޙުސައިންގެ ހެކީގެ ބަޔާން އެކަންޏެވެ. ޢަބްދުލްޙަމީދު ޢަބްދުލްފައްތާޙު އަދި މުޙައްމަދު ވޙީދުއަކަ މި އެއްބަސްވުމުގައި ހެކީންގެ ގޮތުގައި ސޮއިކުރި ފަރާތް ކަމަށް ފެންނަން އޮންނަ ދެ ފަރާތް ކަމުގައިވީނަމަވެސް، މި ދެ ފަރާތުގެ ހެކީގެ ބަޔާން ހުށަހަޅާފައެއްނުވެއެވެ.
86އެހެންކަމުން، އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމަށް ހަމައެކަނި ބާރުދެނީ ފާޠިމަތު ޙުސައިންގެ ހެކި ބަހުގެ ބަޔާނެވެ. ފާޠިމަތު ޙުސައިންއަކީ އެއްބަސްވުމުގައި ސޮއިކުރި އިރު އެތަނުގައި ހާޟިރުވެ ހުރި ފަރާތެއް ނޫނެވެ. ހަމައެކަނި އޮތީ ފާޠިމަތު ޙުސައިންގެ ހެކި ބަހުގެ ބަޔާނެވެ.
87މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދެނީ އިސްތިއުނާފު ރައްދުވާ ފަރާތުން އެ ފަރާތުގެ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ މުޙައްމަދު ވަޙީދުގެ ހެކީގެ ޚުލާޞާ ބަޔާނަށވެ. މުޙައްމަދު ވަޙީދުގެ ހެކީގެ ޚުލާޞާ ބަޔާނަށް ބެލިނަމަވެސް، ސިވިލް ކޯޓުގައި ރަޖިސްޓްރީކުރެވިފައިވާ ނަންބަރު 235/2007-MC/C އެއްބަސްވުމުގެ މުއްދަތު 3 (ތިނެއް) އަހަރުދުވަހަށް އިތުރުކުރުމަށް 13 ޖޫން 2007 ގައި ގެނެވުނު އިސްލާހުކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށް ބެލެވޭނެ މިންވަރަށް އެކަން ހެކީގެ ޚުލާޞާ ބަޔާނުންވެސް ދލާލާތު ކޮށްދޭ ގޮތެއަ އިސްތިއުނާފުކުރާ ފަރާތަށް އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދެވިފައިވާ ކަމުގައި ނުދެކެމެވެ.
88އެހެންކަމުން، ޚުޞޫމާތު އުފެދިފައިވާ އެއްބަސްވުމުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފުވެފައިވާ ގޮތަށް އެކަން ދަށު ކޯޓުން މާނަކޮށްފައިވާކަމުގައި ބެލެވޭނެ އަސާސެއް އޮތް ކަމުގައި ނުދެކެމެވެ. ފާޠިމަތު ޙުސައިންގެ ހެކި ބަހުގެ ބަޔާނާއި ގުޅޭ ގޮތުން ނިންމި ނިންމުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 325 ވަނަ މާއްދާއާއި އެ ޤާނޫނުގެ 326 ވަނަ މާއްދާއާ ޚިލާފުތޯ
89ފާޠިމަތު ޙުސައިންގެ ހެކި ބަހުގެ ބަޔާނާއި ގުޅޭ ގޮތުން ދަށު ކޯޓުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 326 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ ނިންމާފައިވަނީ ފާޠިމަތު ޙުސައިންގެ ހެކިބަސް ޝަރީޢަތުގައި ނަގައިދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިނުވާތީ، ފާޠިމަތު ޙުސައިންގެ ހެކި ބަހުގެ ބަޔާން ބެލެވޭނީ އިވުނުކަމަށް ބުނާ ހެކީގެ ގޮތުގައި ކަމަށެވެ.
90ޕްރިސިޑެންސް 6ހެކިބަސްދޭ ފަރާތުގެ ބަޔާނަކީ ޝަރީޢަތުގައި އޭނާ ދޭން ބޭނުންވާ ހެކިބަސް ލިޔެ، ސޮއިކޮށްފައިވާ ބަޔާނެވެ. ޚަޞްމަކު ހުށަހަޅާފައިވާ ހެކިބަސްދޭ ފަރާތުގެ ބަޔާނަށް މައްސަލއިގަ ޝަރީޢަތުގެ މަރުހަލާގައި ރިޢާޔަތްކޮށްދިނުމަށް އެ ބަޔާން ޚަޞްމުގެ ފަރާތުން ބޭނުންވާނަމަ، ކޯޓުން އެނޫން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، އެ ބަޔާން ދީފައިވާ ހެކިބަސްދޭ ފަރާތް ޙާޟިރުކޮށް އޭނާގެ ހެކިބަސް ޝަރީޢަތުގައި ނަގައިދިނުމަށް ކޯޓުގައި އެދެންވާނެކަމާއި، އެނޫން ގޮތަކަށް ޝަރީޢަތުގެ މަރުހލާގައަ ހެކިބަސްދޭ ފަރާތުގެ ބަޔާނަށް ރިޢާޔަތްކުރެވޭނީ އިވުނުކަމަށް ބުނާ ހެކީގެ ގޮތުގައި ކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 326 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
91ހެކިބަސް ދޭ ފަރާތުން ހެކިބަސް ދޭނީ ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު، އޭނާ ދީފައިވާ ބަޔާނަކީ އޭނާގެ ހެކިބަހުގެ އަސްލު ކަމުގައި ބަލައިގެންނެވެ. އެހެނަސް، ހެކިބަސްދޭ ފަރާތުގެ ބަޔާނުގައި ހުރި ކަންކަން އިތުރަށް ތަފްޞީލުކޮށް، ބަޔާން ކޯޓަށް ހުށަހެޅި ފަހުން ހިނގައިދިޔަ ކަންކަމާ ގުޅޭ ގޮތުން އޭނާއަށް ހެކިބަސް ދެވިދާ ނެއެވެ. މިފަދަ ހުއްދައެއް ކޯޓުން ދޭނީ، ހެކިބަސްދޭ ފަރާތުގެ ހެކިބަސް އޭނާ ދީފައިވާ ބަޔާނުގެ މައްޗަށް ޤައިދުކުރަންނުޖެހޭ ރަނގަޅު ސަބަބެއް އޮތް ކަމަށް ފެންނަ ޙާލަތުގައެވެ. ހެކިބަސްދޭ ފަރާތުގެ ބަޔާން ހުށަހެޅި ޚަޞްމުގެ ފަރާތުން، އެ ބަޔާން ދީފައިވާ ހެކިބަސްދޭ ފރާތުގަ ހެކިބަސް ނެގުމަށް އޭނާ ޙާޟިރުނުކުރާނަމަ، ނުވަތަ އިވުނު ކަމަށް ބުނާ ހެކީގެ ގޮތުގައި އެ ބަޔާން ހުށަނާޅާނަމަ، އެ ބަޔާން، އިވުނު ކަމަށް ބުނާ ހެކީގެ ގޮތުގައި އެހެން ޚަޞްމަކަށް ހުށަހެޅިދާނެއެވެ.
92ކޯޓުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، ހެކިބަސް ދޭ ފަރާތުގެ ބަޔާން ނުވަތަ ހެކިބަސްދޭ ފަރާތުގެ ޚުލާޞާ ބަޔާން ހުށަހަޅާފައިނުވާނަމަ، ބަޔާން ދީފައިވާ ނުވަތަ ދިނުމަށް ހަމަޖެހިފައިވާ ހެކިބސްދަ ފަރާތުގެ ހެކިބަސް ނެގުމަށް އެ ފަރާތް ޝަރީޢަތަށް ޙާޟިރެއްނުކުރެވޭނެއެވެ.
93އިވުނު ކަމަށް ބުނާ ހެކީގެ ދަރަޖައާއި ދެވޭނެ ބުރަދަން ބަޔާންކުރަނީ ޤާނޫނު ނަންބަރު 2022/11 (ހެއްކާބެހޭ ޤާނޫނު) ގައެވެ. މި ޤާނޫނުގެ 117 ވަނަ މާއްދާ (ނ) ގައި ބަޔާންކުރަނީ އިވުނު ކަމަށް ބުނާ ހެއްކަކީ ދެވަނަ ދަރަޖައިގެ ހެއްކެއްގެ ގޮތުގައި ކަމަށެވެ. ދެވަނަ ދަރަޖައިގެ ހެއްކަކީ، އެ ހެއްކެއްގެ މައްޗަށް ބިނާކޮށް، ވަކި ވާޤިއާއެއް ވުޖޫދުގައި އޮތްކަން ސީދާގޮތުން ސާބިތުކޮށްނުދޭ، އެހެންނަމަވެސި ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ ހެއެކެއް ކަމުގައެވެ.
94އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ހެކީގެ ބަޔާން ހުށަހެޅުމަށްފަހު ހެއްކާގުޅޭ ގޮތުން ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ފާޠިމަތު ޙުސައިންގެ ހެކިބަސް ނަގައިދޭން އެދިފައިވާކަމުގައެވެ. މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހެކިންގެ ލިސްޓު 29 މެއި 2023 ގައި ސިވިލް ކޯޓަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 326 ވަނަ މާއްދާގެ (ށ)، (ނ)، (ރ) އަދި (ބ) މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 330 ވަނަ މާއްދާ ޤާނޫނު ނަންބަރު 2022/11 ( ހެއްކާބެހޭ ޤާނޫނު) ގެ 31 ވަނަ މާއްދާ އަދި 40 ވަނަ މާއްދާގެ (ހ) ހުށަހަޅާފައިވާއިރު، ޝަފަވީ ހެކިންގެ ގޮތުގައި ޢަބްދުލްޙަމީދު ޢަބްދުއްފައްތާޙުއާއި، މުޙައްމަދު ވަޙީދުއާއި، ފާޠިމަތު ޙުސައިން ހިމަނާފައިވެއެވެ. މި މައްސަލައިގައި ފާޠިމަތު ޙުސައިންގެ ހެކީގެ ބަޔާން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ 13 ޖޫން 2023 ގައި ކަން އެނގެއެވެ.
95މި ހެކީގެ ބަޔާން ހުށަހެޅިފަހުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 326 ވަނަ މާއްދާގައިވާ ފަދައިން ޝަރީޢަތުގެ މަރުހަ ލާގައި މި ހެކި ޙާޟިރުކޮށް، އޭނާގެ ބަސް ޝަރީޢަތުގައި ނަގައިދިނުމަށް އެދިފައިވާނެތަ އިސްތިއުނާފުކުރާ ފަރާތާ ސުވާލުކުރުމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އެފަދައިން އެދިފައިވާނޭކަމަށާއި، އެދިފައިވަނީ 2023 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި އަޑުއެހުމުގައިކަމަށެވެ.
96ސިވިލް ކޯޓުގައި ކަން ހިނގާފއިވާގޮތަށަ ބަލާއިރު، މައްސަލައިގެ އަލަތު މަރުހލާގައަ ހެކިން ހުށަހަޅުމގު ގަސްދު އޮތްކަން ދަލާލާތުކޮށްދޭ އެއް ކަމަކީ، އެކަން ޓްރެކް ކަނޑައެޅުމުގެ މަޢުލމާތޫ ސާފުކުރާ ފޯމުގައި ބަޔާންކުރު މެވެ. އެހެނަސް، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން މި ފޯމު ފުރިހަމަކޮށްފައިނުވާތީ، އެކަމުގެ ގަސްދު އެއިރު ފާޅެއް ނުވެއެވެ. އިސްތިއުނާފުކުރާ ފަރާތުން 26 މެއި 2023 ގައި ހެކި ލިސްޓު ހުށަހަޅާފައިވެއެވެ. އެއަށް ފަހު، 13 ޖޫން 2023ގައި ފާޠިމަތު ޙުސައިންގެ ހެކިބަހުގެ ބަޔާން ހުށަހަޅާފައިވެއެވެ.
97ސިވިލް ކޯޓުގައި 2023 ސެޕްޓެމްބަރ މަހު ބޭއްވުނު އަޑުއެހުމުގައި ފާޠިމަތު ޙުސައިން ޙާޟިރުކޮށް، އޭނާގެ ހެކި ބަސް ނެގުމަށް އިސްތިއުނާފުކުރާ ފަރާތުން އެދުނު ކަމަށް އިސްތިއުނާފުގެ މަޖިލިހުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. 14 ސެޕްޓެމްބަރ 2023ގައި ސިވިލް ކޯޓުގައި ބޭއްވުނު އަޑުއެހުމަކީ އެ މައްސަލައާ ގުޅިގެން ޚުލާޞާ ގޮތެއްގައި ވާހަކަދެއްކުމަށް ބޭއްވުނު އަޑުއެހުމެވެ. މި މިކަން އެނގެނީ ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3275 ޤަޟިއްޔާއާ ގުޅިގެން ދަޢުވާކުރާ ފަރާތުގެ ޤާނޫނީ ވަކީލު 13 ޖޫން 2023 ގައި ސިވިލް ކޯޓަށް ފޮނުވާފައިވާ ސިޓީއިންނެވެ. މި ސިޓީގައި ބަޔާންކޮށްފައިވަނ ދަޢުވާކުރީ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން 2 ހެކީންގެ ބަޔާން ނުނިމޭތީ، އިތުރު ފުރުޞަތަކަށް އެދުމުން، ދަޢުވާލިބޭ ފަރާތުގެ ވަކީލު އެ ފުރުޞަތު ދެވެން ނެތްކަމަށް ކޯޓުގައި ދެންނެވުމުން، އެ ފުރުޞަތު ދަޢުވާކުރާ ފަރާތަށް ލިބިފައިނުވާތީ، ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ހެކީގެ ބަޔާންތަކުގެ ތެރެއިން 1 ހެއްކެއްގެ ބަޔާން ހުށަހެޅިކަމުގައެވެ. އަދި މި ސިޓީއާއެކު ފާޠިމަތު ޙުސައިންގެ ހެކީގެ ބަޔާން ހިމަނާފައިވެއެވެ. އަޑުއެހުމުގައި ފާޠިމަތު ޙުސައިންގެ ހެކި ބަސް ނެގުމަށް ޝަރީޢަތަށް ޙާޟިރުކުރުމަށް އިސްތިއުނަފުކުރާ ފަރާތުން އެދިފައިނުވާކަން އަޑުއެހުމުގެ ރިކޯޑިންގއިން އެނގެއެވެ. އަދި އޭގެ ފަހުން 12 އޮކްޓޯބަރު 2023ގައި ބޭއްވުނު އަޑުއެހުމުގައިވެސް ފާޠިމަތު ޙުސައިންގެ ހެކިބަސް ޝަރީޢަތުގައި ނަގައިދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިނުވާކަން ޝަރީޢަތުގެ އަޑުއެހުންތަކުގެ ރިކޯޑިންގއިން އެނގެއެވެ.
98ފާޠިމަތު ޙުސައިންގެ ހެކީގެ ބަޔާނުގައި އިޝާރާތްކުރަނީ ކޮން އެއްބަސްވުމަކަށް ކަން އެނގެން ނެތް ކަމަށް ދަށު ކޯޓުން ފާހަގަކޮށް، ދެ އެއްބަސްވުމެއްވާކަމަށ ދަށް ކޯޓުނު ނިންމާފައިވަން ކޮން ހަމައަކުން ކަމަށް އެނގެން ނެތްކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
99މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، މި މައްސަލައިގައި ޚުޞޫމަތު އުފެދިފައިވާ 13 ޖޫން 2007 ގައި އަލްމަރްޙޫމާ ޢާބިދ ޢީސާ އާއާ އަޙްމަދު ލަޠީފްއ ދެމެދާ ވެފައިވާ ކަމަށް ބުނާ އެއްބަސްވުން ފިޔަވައި، ހަމަ މި ތާރީޚުކަމުގައިވާ 13 ޖޫން 2007ގައި އަލްމަރްޙޫމާ ޢާބިދ ޢީސާ އާއި އަޙްމަދު ލަޠީފްއ ދެމެދާ ސޮއިކޮށްފައިވާ ލިޔުމެއްވާ ކަމާއި، މި ލިޔުމުގައިވަނ މަދަނީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު 235/2007-MC/C އެއްބަސްވުމުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުއްޔަށް ދޭ މުއްދަތަށް ބަދަލު ގެނެސްފައިވާކަމަށާއި، މިގޮތުން އެ މުއްދަތު ހަމަވާ ތާރީޚަކީ 31 ޖުލައި 2022 ގައި ދެ ފަރާތުން ޤަބޫލުވެ އެއްބަސްވާކަމުގައެވެ.
100އެހެންކަމުން، ފާޠިމަތު ޙުސައިން ދީފައިވާ ހެކީގެ ބަޔާނުގައި […] އިމާރާތްކުރުމަށް ވެފައިވާ އެއްބަސްވުމެއް އަލްމަރްޙޫމާ ޢާބިދ ޢީސާ އާއާ އަޙްމަދު ލަޠީފްއ ދެމެދާ އޮންނާނެކަމާއި، އޭގެ އިތުރުންވެސް 13 ޖޫން 2007ގައި ވެފައިވާ އެއްބަސްވުމަކީވެސް މިގޮތުން ވެފައިވާ އެއްބަސްވުމެއް ކަމާއި، އެއީ ޞައްޙަ އެއްބަސްވުމެއްކަން އެނގޭކަމުގައި ބުނެފައިވާއިރު، އިސްވެ ބަޔާންކޮށްފައިވާ ފަދައިން 13 ޖޫން 2007އަށް ނިސްބަތްވާ ދެ ލިޔުމެއް ފެންނަން އޮތް ހިނދު، އަދި މި ދެ ލިޔުމަކީވެސް އަލްމަރްޙޫމާ ޢާބިދާ ޢީސާއާއި އަޙްމަދު ލަޠީފްއ ދެމެދާ ވެފައިވާ އެއްބަސްވުމެއްކަމަށް ބުނާ ލިޔުންތަކަކަށްވާއިރު، ފާޠިމަތު ޙުސައިން ޙަވާލާދެނީ މިއިން ކޮން ލިޔުމަކަށްކަން ފާޠިމަތު ޙުސައިންގެ ހެކީގެ ބަޔާނުން އެނގޭކަށް ނެތެވެ. މިކަން ދަށު ކޯޓުން ފާހަގަކޮށްފައިވަނީ ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެކަން ފެންނަންއޮތުމުން ކަމަށްވާއިރު، މިކަން ދަށު ކޯޓުން ބިނާކޮށްފައިވާ އަސާސް ސާފެވެ.
101ފާޠިމަތު ޙުސައިންގެ ހެކިބަހުގެ ބަޔާނުން 13 ޖޫން 7200ގައި ވެފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށް ބުނެފައިވާއިރު، އެ އެއްބަސްވުން ޞައްޙަނޫން އެއްބަސްވުމަކަށް ވީގޮތް ސާފުނުވާކަމުގައ އިސްތިއުނާފުކުރި ފަރާތުން ބުނާ ބުނުމަށް ބަލާއިރު، މި އެއްބަސްވުމުގެ ޞައްޙަކަމާމެދު އިސްތިއުނާފު ރައްދުވާ ފަރާތުން ސުވާލު އުފެއްދުމުން، ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައިވާ ފަދައިން އެއްބަސްވުމުގެ ޞައްޙަކަން ސާބިތުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން އެ އެއްބަސްވުމުގެ އަސްލު ހުށަހަޅާފައިނުވާކަން އިސްވެ ބަޔާންކުރެވިއްޖެއެވެ. އެ އެއްބަސްވުން ޞައްޙަކަމަށް ބުނާ ބުނުން ސާބިތުކުރުމަށް ހުށަހެޅީ ފާޠިމަތު ޙުސައިންގެ ހެކިބަހެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 326 ވަނަ މާއްދާގައިވާ ފަދައިން ފާޠިމަތު ޙުސައިންގެ ހެކި ބަސް ނެގުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިނުވާއިރު، ހެކިބަހުގެ ބަޔާނަށް ޤާނޫނީ ގޮތުން ދެވޭ ދަރަޖަވެސް އިސްވެ ބަޔާންކުރެވިއްޖެއެވެ.
102މިކަންކަން މިގޮތުގެ މަތިން ހުރުމުން، ފާޠިމަތު ޙުސައިންގެ ހެކިބަހުގެ ބަޔާނާއި ގުޅިގެން ޝަރީޢަތުން ނިންމާފައިވާ ނިންމުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 325 ވަނަ މާއްދާއާއި 326 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ނުދެކެމެވެ. އެއްބަސްވުމުގައި ކޮންސިޑަރޭޝަނ ފުރިހަމަނުވާކަމަށް ނިންމް ނިންމުނި ޤާނޫން ނައްސުތަކާ ޚިލާފުތޯ
103އިސްތިއުނާފުކުރާ ފަރާތުގެ ތިންވަނަ އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވަނީ، އަލްމަރްޙޫމާ ޢާބިދާ ޢީސާއާއި އަޙްމަދު ލަޠީފްއާ ދެ މީހުން ދެމެދު ވެފައިވާ އެއްބަސްވުމުގައި ކޮންސިޑަރޭޝަން ފުރިހަމަނުވާކަމަށް ދަށު ކޯޓުން ނިންމާފައިވާއިރު، މި ނިންމުން ނިންމާފައިވަނީ ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ 4 ވަނަ މާއްދާއަށް ރިޢާޔަތްކުރުމެއްނެތި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅަފައިވާ އުޞޫލާއި ޚިލާފަށް
104ޕްރިސިޑެންސް 8މަދަނީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު 235/2007-MC/C އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އިތުރު 3 އަހަރަށް […] ފަސްޓް ފްލޯރ އަދި ސެކަންޑް ފްލޯރ އަޙްމަދު ލަޠީފްއަށް ބޭނުންކުރެވޭގޮތަށް އަލްމަރްޙޫމާ ޢާބިދ ޢީސާ އާއާ އަޙްމަދު ލަޠީފްއާ ދެމެދު 13 ޖޫން 2007 ގައި ވެފައިވާކަމަށް އަޙްމަދު ލަޠީފް ބޔާންކުރަ އެއްބަސްވުމަކާ ޞައްޙަ އެއްބަސްވުމެއްކަމަށް ޝަރީޢަތަށް ސާބިތުނުވާކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވެއެވެ. އެހެންކަމުން، އެއްބަސްވުމެއްގައި ފުރިހަމަވާންޖެހޭ ރުކުންތަކާއި ގުޅޭ ގޮތުން އިތުރަށް ބަހުސްކުރުމުގެ ފުރުޞަތެއް އޮތް ކަމުގައި ނުދެކެމެވެ.
105އެހެނަސް، މި އިސްތިއުނާފީ ނުކުތާ އިސްތިއުނާފުކުރާ ފަރާތުން ބިނާކޮށްފައިވަނީ ދަށު ކޯޓުން މި އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމަށް ބަހުސްގެ ބޭނުމަށް ބަލައި، މި އެއްބަސްވުމަށް ބެލި ބެލުމުން، މި އެއްބަސްވުމަކީ ކޮންސިޑަރޭޝަނެއ ނުވަތް މުޤާބިލެއް ނެތް އެއްބަސްވުމެއްކަމަށް ނިންމައި، މިއީ ތަންފީޒުކުރެވޭނެ އެއްބަސްވުމެއް ނޫން ކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވާތީ، މި ބަހުސުން ދަށު ކޯޓުން ވާސިލުވެފައިވާ ނަތީޖާގެ މައްޗަށެވެ. ދަށު ކޯޓުން ބަހުސްގެ ބޭނުމަށް ނަމަވެސް، އެއްބަސްވުމުގެ މުޤާބިލާއި ގުޅޭ ގޮތުން މި ކަނޑައެޅި ކަނޑައެޅުމުގެ މައްޗަށް އިސްތިއުނާފުކުރާ ފަރާތުން އުފައްދާފައިވާ ޖަދަލަށް މި އިސްތިއުނާފީ މަރުހަލާގައި ޖަވާބެއް ލިބެންޖެހޭ ކަމުގައި ދެކެމެވެ.
106ޕްރިސިޑެންސް 7ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއް ޗއް ނޫނެވެ. ކޮންޓްރެކްޓެއް ކުރެވޭ ގޮތަކީ އެކަކު އަނެކަކުގެ މައްޗަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލުކުރުމެވެ. މިއީ ކޮންޓެކްޓްގެ ރުކުންތަކުގެ ތެރެއިން ހުށަހެޅުމާއި ffer)o( އަދި ޤަބޫލު cceptance)a( ކުރުމެވެ. ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ އެއްބަސްވުމުގެ މުޤާބިލާއި ގުޅޭ މާއްދާއެއް ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ނެތް ނަމަވެސް، އެއްބަސްވުމުގަ މުޤާބިލު ބަދަލުވުމަކީ އެއްބަސްވުމެއް ވުޖޫދުވެ އޮތުމުގެ އަސާސީ އެއް ރުކުނެވެ.
107އެއްބަސްވުމުގެ މުޤާބިލަކީ އެއްބަސްވުމެއްގައި ހިމެނޭ އެއް ފަރާތުން އަނެއް ފަރާތަށް ވައުދެއްގެ ރައްދުގައި ވައުދ ރައްދުވު ފަރާތުން ވައުދު ވީ ފަރާތަށް ދޭ އަގު ނުވަތަ ކޮށްދޭ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއް ނުވަތަ ދޫކޮށްލާ ޙައްޤެކެވެ. މިކަން ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/24 ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ. ކޮންޓްރެކްޓްގެ މުޤާބިލު އެކުލެވިފައިވޭތޯ ދެނެގަތުމުގައި ކޮންޓްރެކްޓް ކުރުމުގެ މަޤުޞަދަށް ބަލަންޖެހޭނެކަމާއި، މުޤާބިލުގައި ދެވޭ ނުވަތަ ބަދަލުކުރެވޭ އެއްޗަކީ އަގު ކުރެވޭ އެއްޗަކަށް ވުން ލާޒިމުވާނެކަމުގައ މި ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.
108މީގެ އިތުރުންވެސް، މުޤާބިލުގައި ފުރިހަމަވާންޖެހޭ އިތުރު ޝަރުޠުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/56 ބިޒްނާސ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް (ދައުލަތް) ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެއީ މުޤާބިލު އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުވުމާއި، މުޤާބިލަކީ މާޒީގެ މުޤާބިލަކަށް ނުވުމާއި، މުޤާބިލަކީ ފުދޭ އެއްޗަކަށް ނުވިނަމަވެސް އެއީ އެކަށޭނެ ނުވަތަ އެ ލިބިގަންނަ ފަރާތަށް އަގު ކުރެވޭނެ ނުވަތަ އަގެއް ހުރި އެއްޗެއް ކަމުގައި ވުމެވެ.
109މުޤާބިލާއި ގުޅޭ ޝަރުޢީ އުޞޫލުތަކަށް ބަލާއިރު، މުޤާބިލުގައި ހަމައެކަނި ބަދަލުކުރެވޭނީ އެއްޗެއް ނޫނެވެ. މުޤާބިލުގައި ކޮށްދޭ ކަމެއް ނުވަތަ އެނޫން ޙައްޤެއްވެސް ކަނޑައެޅިދާނެއެވެ. މުޤާބިލުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/16 އިބްރާހީމް ޚަލީލް ވ. ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ޤަޟިއްޔާގައި ވަނީ ދެ ފަރާތް ދެމެދު ކޮންޓްރެކްޓެއް ވުޖޫދުވާނީ ޤާނޫނު ޤަބޫލުކުރާ އަދި ޤާނޫނު ބާރުދޭ ކޮންޓްރެކްޓަކަށްވުމަށ ލާޒިމް އުންސުރުތއަ ފުރިހަމަވެގެން ކަމުގައެވެ. އެއީ (1) ހުށަހެޅުން، (2) ޤަބޫލުކުރުން، (3) މުޤާބިލު ދިނުން، (4) ޤާނޫނީ ގޮތުން ބަނދެވޭ ގުޅުމެއް އުފެއްދުމުގެ ނިޔަތް އޮތުން، (5) ކޮންޓްރެކްޓް އުފެއްދުމުގެ ޤާބިލިއްޔަތު ހުރުން އަދި (6) ރުހުން އޮތުމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/24 (ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްށިވްސ ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގެ 20 ވަނަ ޕެރެގްރާފް ހުންނަންޖެހޭ ބައެއް ޝަރުޠުތައް ފިޤުހުވެރިން ބަޔާންކުރައްވާއިރު، އޭގެ ތެރޭގައި މުޤާބިލަކީ ޢަޤުދު ކުރެވޭ ވަގުތު ވުޖޫދުގައި އޮތް އެއްޗަކަށްވުމާއި، ޝަރުޢީ ގޮތުން ހުއްދަ އެއްޗެއް ކަމުގައިވުމާއި، އެއް ފަރާތުން އަނެއް ފަރާތަށް ނަގުލުކރުވޭ އެއްޗަކަށްވުމާއި، އަދި އެ އެއްޗަކީ އެއިގެ މިންވަރާއި ސިފާ ކަނޑައެޅި ބަޔާންވެފައިވާ އެއްޗަކަށްވުން ފަދަ ޝަރުޠުތައް ހިމެނެއެވެ.
110މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ 13 ޖޫން 2007ގައި ވެފައިވާ އެއްބަސްވުމުގެ 4 ވަނަ މާއްދާގައި އެއްބަސްވުމުގެ މުޤާބިލު ބަޔާންކުރާ ކަމުގައެވެ.
111އެއްބަސްވުމުގެ 4 ވަނަ މާއްދާގައިވަނީ މި އެއްބަސްވުމުގެ މުއްދަތުގައި، މި އެއްބަސްވުމުގެ ދަށުން ކުއްޔަށް ދޫކުރެވިފައިވާ އިމާރާތްތަކާއި ގޯތީގެ ކުލި މި އިމާރާތް ކުއްޔަށް ހިފާ ފަރާތުން ދޭކަށް ނުޖެހޭނެއެވެ. މިގޮތަށް މިކަން ކުއްޔަށްދޭ ފަރާތުންނާއި ކުއްޔަށް ހިފާ ފަރާތުން ނިންމާފައިވަނީ މި އިމާރާތަކީ ފަސްބުރީގެ ފައުންޑޭޝަން އެޅުމަށްފަހު ތިން ބުރި ކޮންޕްލީޓް ކުރުމަށްފަހު ގުރައުންޑް ފުލޯ (އެންމެ ތިރީ ބުރި) ކުއްޔަށް ދިން ފަރާތަށް ދިނުމަށްފަހު ބާކީ އޮތް ދެބުރި ކުއްޔަށް ހިފި ފަރާތަށް 15 (ފަނަރަ) އަހަރުގެ އެގްރިމްންޓެއ މަދަން ކޯޓުގައި ރަޖިސްޓްރީ ކުރުމަށްފަހު މި ފަނަރަ އަހަރު ހަމަވުމުން އަދި އިތުރު ތިން އަހަރު ކުއްޔަކާނުލައި ދިނުމަށް މި ދެފަރާތުން އަގަބަހުން އެއްބަސްވެފައިވާ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް އެއްބަސްވުމެއްވެފައިވާތީ ކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. މި އެއްބަސްވުމކަ ކުރީ ތާރީޚެއްގައި ސޮއިކުރި އެއްބަސްވުމެއް ކަމުގައިވީނަމަވެސް މި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ މި އެއްބަސްވުމުގައި ވާ ތާރީޚުން ފެށިގެންކަމުގައި ކަން އެއްބަސްވުމުން އެނގޭ ކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.
112ދިފާއުގެ ރައްދުގައާއި، ޚުލާޞާ ބަޔާނުގައި އަދި މި ޝަރީޢަތުގައިވެސް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ މި ބަހުސްކުރެވޭ އެއްބަސްވުމަކީ މަދަނީ ކޯޓުގައި ރަޖިސްޓްރީކުރެވިފައިވާ ނަންބަރު 235/2007-MC/C އެއްބަސްވުމުގައި ބަޔާންކޮށްފައިވާ 621 އަކަފޫޓުގެ ބަދަލުގައި އިމާރާތްކުރެވޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/113 (ފާޠިމަތު ޙުސައިން ވ. ފާޠިމަތު ޖަމްޝީދާ) ޤަޟިއްޔާގެ 34 ވަނަ ނުކުތާ ސައިޒު 535 އަކަފޫޓަށް ބަދަލުވުމުން، އެއިރު އަޙްމަދު ލަޠީފް އެތަން އިމާރާތްކުރުމަށްޓަކައި ޚަރަދުކޮށްފައިވާތީ، އަޙްމަދު ލަޠީފްއަށ ލިބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އިމާރާތުގެ ފުރަތަމަ ފްލޯރ އާއި ދެވަނަ ފްލޯރ، އިތުރު 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް އަލްމަރްޙޫމާ ޢާބިދ ޢީސާ އެއްބަސްވާ ސޮއިކޮށްފައިވާ އެއްބަސްވުމެއްކަމުގައެވެ.
113މިފަދައިން އިސްތިއުނާފުކުރާ ފަރާތުން ބުނި ނަމަވެސް، […] އެވެ ކިޔާ ގޯތި އަލްމަރްޙޫމް އަޙްމަދު މުންޢިމްގެ ވާރިސުންނާއި ޙަވާލުކޮށްފައިނުވާތީ، އިމާރާތް ހުސްކޮށް ދިނުމަށް އެދި އެ އިމާރާތް ހިފައިގެން އުޅޭ ފާޠިމަތު ޙުސައިންގެ މައްޗަށް މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މަންމަ ފާޠިމަތު ޖަމްޝީދާ ސިވިލް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 2747/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފުކުރުމުން، މި ކޯޓުން ބެލި މި ކޯޓުގެ ނަންބަރު 2018/HC-A/298 ޤަޟިއްޔާއާއި، އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، އެ އިސްތިއުނާފު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލެވުނު އެ ކޯޓުގެ ނަންބަރު 2020/SC-A/113 ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ […] އެވެ ކިޔާ ބަންޑާރަ ގޯތީގައި ހިމެނޭ 621 އަކަފޫޓުގެ ބިމުގައި 5 (ފަހެއް) ބުރީގެ ފައުންޑޭޝަނެއް އެޅުމަށްފަހު، 3 (ތިނެއް) ސިޓީ އަޅާ ގްރައުންޑް ފްލޯރ ކުއްޔަށް ދޭ ފަރާތަށް ދިނުމަށް ޝަރުޠުކޮށް އަދި ފަސްޓް ފްލޯރ އާއި ސެކަންޑް ފްލޯރ ކުއްޔަށް ހިފާ ފަރާތަށް ދިނުމަށް ޝަރުޠުކޮށް 1 ޖޫން 2007 އިން ފެށިގެން މީލާދީ 15 (ފަނަރަ) އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް އަލްމަރްޙޫމާ ޢާބިދ ޢީސާ އާއާ އަޙްމަދު ލަޠީފްއާ ދެ މީހުން ދެމެދު ވެފައިވާ (މަދަނީ ކޯޓުގައި ރަޖިސްޓްރާރ ކޮށްފައިވާ ނަންބަރު 235/2007-MC/C) އެއްބަސްވުމަށް، މި ދެ ފަރާތުން ބަދަލު ގެނެސް 3 ސެޕްޓެމްބަރު 2007ގައި އިތުރު އެއްބަސްވުމެއް ވެވުނު ކަމުގައެވެ. މި އެއްބަސްވުމުން ގެނެވުނު ބަދަލަކީ މަދަނީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު 235/2007-MC/C އެއްބަސްވުމުގައި އިމާރާތް ކުރުމަށް ކަނޑައެޅި ބިމުގެ ބޮޑުމިނަށް 621 އަކަފޫޓުން 86 އަކަފޫޓު އުނިކުރުން ކަމުގައެވެ.
114މި ބަދަލާއި ގުޅިގެން އަޙްމަދު ލަޠީފްއަށ ލިބް ގެއްލުމުގެ ބަދަލުގައި އެ އެއްބަސްވުމުގައި ބުނާ އިމާރާތުގެ ގްރައުންޑް ފްލޯރގެ ހުރިހާ މަސައްކަތެއް އަލްމަރްޙޫމާ ޢާބިދާ ޢީސާގެ އަމިއްލަ ޚަރަދުގައި ކޮށް ނިންމުމަށް އަލްމަރްޙޫމާ ޢާބިދ ޢީސާ އެއްބަސްވެފައިވާކަމާއި، އަދި އަޙްމަދު ލަޠީފް ކުރި ޚަރަދުގެ ބަދަލުގެ ގޮތުގައި އެ އިމާރާތުގެ ފަސްޓް ފްލޯރ އަދި ސެކަންޑް ފްލޯރ 15 (ފަނަރަ) އަހަރު ދުވަހަށް ދީފައިވާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/113 ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ. މިއީ މި މައްސަލަތަކުގެ ތެރޭގައި ތަޢުނުކޮށްފައިވާ ވާޤއާތަކެއް ނޫނެވެ.
115ދަށު ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން 3 ސެޕްޓެމްބަރ 2007 ގެ އެއްބަސްވުން ފެނެއެވެ. އަދި މި އެއްބަސްވުމުގައި އަޙްމަދު ލަޠީފްއަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ގްރައުންޑް ފްލޯރގެ ހުރިހާ މަސައްކަތްތަކެއް އަލްމަރްޙޫމާ ޢާބިދާ ޢީސާގެ އަމިއްލަ ޚަރަދުގައި ކޮށް ނިންމުމަށް އެއްބަސްވެފައިވާކަން ސާފުކޮށް ފެންނަން އެބަ އޮތެވެ.
116އެހެންކަމުން، 13 ޖޫން 2007ގައި އަލްމަރްޙޫމާ ޢާބިދާ ޢީސާއާއި އަޙްމަދު ލަޠީފްއ ދެމެދާ ވެފައިވާ އެއްބަސްވުމަކީ، އެ އިމާރާތުގެ ސައިޒަށ ބަދަލް އައިސްފައިވާތީއާއި، އަދި އަޙްމަދު ލަޠީފްއަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ފަސްޓް ފްލޯރ އާއި ސެކަންޑް ފްލޯރ އިތުރު 3 (ތިނެއް) އަހަރު ދުވަހަށް ދިނުމަށް ވެފައިވާ އެއްބަސްވުމެއްކަމާއި، އެއްބަސްވުމުގެ މުޤާބިލަކީ އެއީ ކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނިނަމަވެސް، އިމާރާތުގެ ސައިޒަށް އައި ބަދަލާއި ގުޅިގެން ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމަކީ 3 ސެޕްޓެމްބަރު 2007ގެ އެއްބަސްވުންކަމާއި، އެކަމުގެ މުޤާބިލު ހިމެނެނީ އެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/298 ޤަޟިއްޔާގެ 4 ވަނަ ނުކުތާގައި މިކަން ފާހަގަކޮށްފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/113 ޤަޟިއްޔާގެ 5 ވަނަ ނުކުތާގައި މިކަން ބަޔާންކުރެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/113 ޤަޟިއްޔާގެ 6 ވަނަ ނުކުތާގައި މިކަން ބަޔާންކުރެއެވެ. އެއްބަސްވުމުގައިކަން ދިވެހިރައްޖޭގ ހައިކޯޓުގެ ނަންބަރު 2018/HC-A/298 ޤަޟިއްޔާއިންނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/113 ޤަޟިއްޔާއިން ވަނީ ޤާއިމުވެފައިވެއެވެ.
117މީގެ އިތުރުންވެސް، މަދަނީ ކޯޓުގައި ރަޖިސްޓްރީކުރެވިފައިވާ ނަންބަރު 235/2007-MC/C އެއްބަސްވުމުގެ ޞައްޙަ ކަން ކަނޑައެޅުމަށްޓަކައި ސިވިލް ކޯޓަށް ހުށަހެޅުނު އެ ކޯޓުގެ ނަންބަރު 3697/Cv-C/2018 ޤަޟިއްޔާގައިވެސް، އަދި އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލުނު ނަންބަރު 2019/HC-A/599 ޤަޟިއްޔާގައިވެސް، މަދަނީ ކޯޓުގައި ރަޖިސްޓްރީކުރެވިފައިވާ ނަންބަރު 235/2007-MC/C އެއްބަސްވުމަށް ބަދަލެއްގެނެސް އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވިފައިވާކަން ހާމަކޮށްފައެއްނުވެއެވެ. ބުއްދީގެ ހަމަތަކުން ބެލިނަމަވެސް، 15 (ފަނަރަ) އަހަރު ދުވަހަށް އިތުރު 3 (ތިނެއް) އަހަރު ދުވަސް އިތުރުކޮށްފައިވާނަމަ، އަދި އިތުރު މުއްދަތަކަށް ކުއްޔަކާ ނުލައި އެތަން ބޭނުންކުރުމުގެ ޙައްޤެއް ޤާއިމުވެފައިވާނަމަ، އެ ވާހަކަ އެ ޤަޟިއްޔާގައި ދެކެވުނީހެވެ.
118މި ނުކުތާ ބަހުސްކުރެވޭހިނދު، އިސްތިއުނާފު ރައްދުވާ ފަރާތުން މި މަރުހަލާގައި ހުށަހަޅާފައިވާ، އަދ ބަލައިގަތުމަށް ކަނޑައަޅާފައިވާ އައު ހެކި، ސިވިލް ކޯޓުގެ ނަންބަރު 2747/Cv-C/2017 ޤަޟިއްޔާގައި ހެއްކެއްގެ ގޮތުގައި އަޙްމަދު ލަޠީފް ދީފައިވާ ހެކިބަހަށް ބަލާއިރު، އަލްމަރްޙޫމާ ޢާބިދާ ޢީސާއާއެކު އެއްބަސްވުމެއްވެފައިވާކަމަށާއި، އެ އެއްބަސްވުމަކީ ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ އެއްބަސްވުމެއް ކަމުގައި އަޙްމަދު ލަޠީފް ބުނެފައިވެއެވެ. މިނޫން އިތުރު އެއްބަސްވުމެއް އޮންނާނެތޯ ޝަރީޢަތުން ސުވާލުކުރުމުން "ނޯންނާނެ" މިފަދައިން އަޙްމަދު ލަޠީފް ބުނެ، އަދި އެތަން ހެދުމަށް އަޙްމަދު ލަޠީފް ކުރި ޚަރަދުގެ ބަދަލަކީ އެއްބަސްވުން 15 (ފަނަރަ) އަހަރު ދުވަހަށް ވުންތޯ ޝަރީޢަތުން ސުވާލުކުރުމުން، އެއީ އެ ފައިސާގެ ބަދަލު ކަމުގައި އަޙްމަދު ލަޠީފް ބުނެ، ހެކި ބަސް އަދާކޮށްފައިވުމުން، މުޤާބިލާއި ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން މި އިސްތިއުނާފުގައި ދައްކާ ވާހަކަ ނަފީވެގެން ދާކަމުގައި ދެކެމެވެ.
119މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ދިރިއުޅެމުންދާ ތަނަށް ކުލި ކަނޑައަޅާފައިވަނީ އެއްވެސް އުޞޫލެއްނެތި ފެނުނު މިންވަރަކަށްކަމާއި، އެކަމަށް އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި އިންކާރުކޮށްފައިވާއިރު، އެކަމަށް މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިނުވާ ކަމުގައެވެ. އަދި އެތަން ވީރާނާވަމުންދާކަމުގައި ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބަޔާންކޮށް، އެކަށީގެންނުވާ ބޮޑު ކުއްޔެއް ޝަރީޢަތުން ނަގައިދީފައިވަނީ މިކަންކަމަށް ރިޢާޔަތްނުކޮށް
120މި ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓުގައި ކުލީގެ މިންވަރަށް އިންކާރުކޮށްފައިނުވާކަމަށާއި، ޝަރީޢަތުގެ ފަހު އަޑުއެހުމުގައި ކުއްޔާ ގުޅޭ ގޮތުން ބުނަން ބޭނުންވާ އެއްޗެއް އޮތްތޯ ޝަރީޢަތުން ސުވާލުކުރުމުން، ކުލި ކަނޑައަޅާފައިވާ ގޮތް، އަދި ކުލީގެ މިންވަރާމެދު ސުވާލު އުފައްދައި ތަޢުނުކޮށްފައިނުވާކަމުގައެވެ.
121ދަށު ކޯޓުގެ މަރުހަ ލާގައި އިސްތިއުނާފުކުރާ ފަރާތުން ކުޅަ ދަޢުވާއަށް އިސްތިއުނާފު ރައްދުވާ ފަރާތުން ރައްދު ދަޢުވާއެއް ހުށަހެޅިއެވެ. މި ރައްދު ދަޢުވާގެ ތެރެއިން އިސްތިއުނާފު ރައްދުވަ ފަރާތުން އެދިފައިވާ އެއް ކަމަކީ 1 ޖޫން 2007ގ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ، އިސްތިއުނާފުކުރާ ފަރާތުގެ ޙަވާލުގައިވާ ފަސްޓް ފްލޯރ އާއި ސެކަންޑް ފްލޯރ އިސްތިއުނާފު ރައްދުވާ ފަރާތާއި ޙަވާލުކުރުމަށާއި، އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު، އެ ތަން ބޭނުންކުރަމުންދާ މުއްދަތަށް، ފަސްޓް ފްލޯރއަށް ދުވާލަކަށް -/750 (ހަތްސަތޭކަ ފަންސާ) ރުފިޔާގެ ރޭޓުން، އަދި ސެކަންޑް ފްލޯރ ދުވާލަކަށް -/433 (ހަތަރުސަތޭކަ ތިރީސް ތިނެއް) ރުފިޔާގެ ރޭޓުން ކުލި ޝަރީޢަތުން ނަގައިދިނުމަށެވެ.
122އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ރައްދު ދަޢުވާގެ ޖަވާބު 4 ޑިސެމްބަރު 2022 ގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅިނަމަވެސް، އެ ޖަވާބުގައި ބުނެފައިވަނީ 13 ޖޫން 2007ގެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމުގައިވާތީ، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ރައްދު ދަޢުވާއާމެދު ގޮތެއް ކަނޑައަޅަންޖެހޭ ޤާނޫނީ ހަމައެއް ނެތް ކަމުގައެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ކުލީ އަދަދާއި ގުޅޭ ގޮތުން އެއްވެސް ކަމެއް ފާހަގަކޮށްފައެއްނުވެއެވެ.
123އިސްތިއުނާފުކުރާ ފަރާތުން 14 ސެޕްޓެމްބަރ 2023 ގައި ހުށަހެޅި ޚުލާޞާ ބަޔާނުގައިވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ހޯދުމަށް އެދިފައިވާ ކުއްޔާއި ގުޅޭ ގޮތުން ބަހެއް ބުނެފައެއްނުވެއެވެ.
124މި މައްސަލައިގައި ދަށު ކޯޓުން ބޭއްވި ޝަރީޢަތުގެ ފަހު އަޑުއެހުމުގައި އިސްތިއުނާފުކުރާ ފަރާތަށް ވާހަކަ ދެއްކުމަށް ދިން ފުރުޞަތުގައިވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ކުޅަ ރައްދު ދަޢުވާ ބިނާވާ ކުލީގެ އަދަދާއި ގުޅޭ ގޮތުން ވަކި ކަމެއް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައނި ވާތީ، ދަށު ކޯޓުގު ޝަރީޢަތުގައި އިސްތިއުނާފުކުރާ ފަރާތާއި ދިފާއީ ދަޢުވާއާ ގުޅޭ ގޮތުން ބުނަން އެއްޗެއް އޮތްތޯ ޝަރީޢަތުން ސުވާލުކުރިއެވެ. އޭގެ ޖަވާބުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތް އެތަން ބޭނުންކުރަމުންދިޔައީ ޞައްޙަ އެއްބަސްވުމެއްގެ ދަށުން ކަމަށާއި، އަދި ޤާނޫނުން ލިބިފައިވާ ޙައްޤެއްގެ ބޭނުންކުރަމުންދާއިރު، އެ ޙާލަތުގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ކުލި ދައްކަން އަމުރުކުރާނެ ތަނެއް އޮތް ކަމުގައި ނުދެކޭކަމުގައެވެ.
125ކުލީގެ އަދަދު ހުށަހެޅިއިރު ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާގެ އަދަދު ނުވަތަ ރޭޓު ތަފާތުވަނީ ކީއްވެގެންތޯ ދަށު ކޯޓުގެ ޝަރީޢަތުން އިސްތިއުނާފު ރައްދުވާ ފަރާތާއި ސުވާލުކުރުމުން، އެއީ އެތަނުގެ ލިފްޓެއް ނެތުމުން، ފުރަތަމަ ފަސްގިފިލާއަށް އަރައި ފައިބަން ފަސޭހަވާނެތީ، އެތަނުގެ ޑިމާންޑަށް ބަލާފައިކަމަށާއި، އަދި މި ކުލީގެ އަދަދު އިސްތިއުނާފުކުރާ ފަރާތަށް ފޮނުވި ސިޓީގައި އެ ފަރާތާއި ހިއްސާކޮށްފައިވާކަމަށާއި، އަދި އިސްތިއުނާފުކުރާ ފަރާތުން މި ދަޢުވާ ބިނާކޮށްފައިވަނީވެސް އެ ސިޓީގެ މައްޗަށް ކަމުގައެވެ. ސިވިލް ކޯޓުގައި ކުރިއަށް ދިޔަ 14 ސެޕްޓެމްބަރ 2023ގެ އަޑުއެހުން
126ޝަރީޢަތުން އިސްތިއުނާފު ރައްދުވާ ފަރާތާއި ކުރި ސުވާލުތަކަށް އެ ފަރާތުން ދިން ރައްދާއ ގުޅި ގޮތުން އިސްތިއުނާފުކުރާ ފަރާތނު ބުނެފައިވަން އެތަނަކީ އިންސާނު ނ ދިރިއުޅެން ހެޔޮވާވަރުގެ ތަނެއް ނޫންކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާއިރު، އެތަނުގައި މީހުން އުޅެމުންދާކަމަށއި، އާ ތަން ހުރީ ރަނގަޅު ފެންވަރަށް ހެދިފައިކަމަށާއި، އެ ފަރާތަށް ފެނުނު އަދަދެއް ހިސާބު ހަދާފައި ޖަހާފައިވާކަމަށާއި، އަދި އެއީ މާކެޓް ރޭޓަށް ވިސްނާފައ ޖަހާފައި އޮތި އަދަދެއް ނޫން ކަމުގައެވެ.
127ޕްރިސިޑެންސް 9ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ދަޢުވާއެއް ނުވަތަ ދަޢުވާއެއްގެ ތެރެއިން ފަރުވާއެއް ހޯދުމަށް ޚަޞްމަކު އެދިފައިވާނަމަ، ނުވަތަ ޙަޞްމަކު ދަފްޢެއް ކުރިމަތިކުރވުނަމަ، އެކަމާ ގުޅޭ ގޮތުން އަނެއް ޚަޞްމު ދެކޭ ގޮތް ބަޔާންކުރަންވާނެއެވެ. އެހެނީ، ޙަޞްމަކު އުފައްދާ ދަފްޢެއް ނުވަތަ އެދޭ ފަރުވާއާމެދު އިންކާރެއް އޮތްތޯ، އިންކާރެއް އޮތްނަމަ، އިންކާރުކުރާ ސަބަބަށް ޝަރީޢަތުން ރިޢާޔަތްކުރަން އެނގޭނީ އެ އިންކާރެއް އޮތްކަން، އަދި އިންކާރުގެ ސަބަބު ޝަރީޢަތަށް އެނގިގެންކަމުގައިވާތީއެވެ.
128މިކަންކަމުގެ މައްޗަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ކުޅަ ރައްދު ދަޢުވާއާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަން މެދުވެރިވި ސަބަބަކީ، 13 ޖޫން 2007ގައި ވެފައިވާ ކަމަށް ބުނާ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް، […] (މިހާރު […] ) އެވެ ކިޔާ އިމާރާތުގެ ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާ ބޭނުންކުރުމުގެ ހައިސިއްޔަތު އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވާކަމަށް ކަނޑައަޅައިދޭނެ ހަމައެއް ނެތް ކަމަށް ޝަރީޢަތުން ކަނޑައަޅާފައިވާތީއެވެ.
129އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ރައްދު ދަޢުވާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ލިބިދިނުމަށް އެދިފައިވާ ކުލި ކަނޑައަޅާފައިވާ ގޮތާއި ގުޅޭ ގޮތުންނާއި، އެ ކުލީގެ މިންވަރާއި ގުޅޭ ގޮތުން ރައްދު ދަޢުވާގެ ޖަވާބުގައި އެއްވެސް ކަމެއް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައެއްނުވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ކުލީގެ މިންވަރުގެ ގޮތުގައި ލިބިގަތުމަށް ހުށަހަޅާފައިވާ އަދަދަކީ "ހ.ޖީމާ އެވެކިޔާ އިމާރާތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާއާ ގުޅޭ" ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން، އިސްތިއުނާފުކުރާ ފަރާތަށް 12 ސެޕްޓެމްބަރު 2022ގައި ފޮނުވާފައިވާ ސިޓީގައިވެސް ބަޔާންކުރާ އަދަދުތަކެވެ.
130އެހެންކަމުން، އެ އަދަދާއި ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ބަހެއް ބުނެފައިވަނީ އެކަމާ ގުޅިގެން ޝަރީޢަތުން ސުވާލުކުރުމުން ކަމަށްވެފައި، އެއީ މާކެޓް ރޭޓަށ ބިނާކޮށް ކަނޑައަޅާފައިވް އަދަދެއް ނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމުގެ އިތުރުން، އިތުރު އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާތީ، އެކަމަށް ތައުނު ކުރުމުގެ ފުރުޞަތު އެކި މަހައްލުތަކުގައި އިސްތިއުނާފުކުރާ ފަރާތަށް ލިބިމެ، އެކަން އެ މަގުން ކޮށްފައިނުވާތީ، ކުލީގެ މިންވަރު ސިވިލް ކޯޓުން ކަނޑައަޅާފައިވާ އުޞޫލު ސާފުނުވާކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން މި މަހައްލުގައި މި ޖަދަލު އުފެއްދޭނެ ކަމުގައި ނުދެކެމެވެ.
131އިސްވެ ބަޔާންކުރަނިވި ކަންކަމަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3275 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އަޙްމަދު ލަޠީފްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތް ކަމުގައި ކަނޑައަޅަން ފެނެއެވެ.
132ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
133ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. މި ސިޓީގައި ބަޔާންކޮށްފައިވަނ މަދަނީ ކޯޓުގައި ރަޖިސްޓްރީކުރެވިފައިވާ ނަންބަރ ... އެއްބަސްވުމުގެ މުއްދަތު ހަމަވާތީ، ފުރަތަމަ ފަސްގިފިލާއަށް ދުވާލަކަށް -/750 ރުފިޔާގެ މަގުން، އަދި ދެވަނަ ފަންގިފިލާއަށް ދުވާލަކަށް -/433 ރުފިޔާގެ މަގުން ކުލި ދެއްކުމަށް ބަޔާންކޮށްފައިވެއެވެ.
134މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮން ނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ) o*r, o/ / 202411"lC'A104 ?3r2? f4/P 51 o>2 ,/o/ c >? o orD / a , o ?/ co al O C sev 22- tiii: :536i- ,,Ft./ r.r,rro 2P-, '-Jrl o ra// co u 2/o/ o, , c 2, c o' 2'/ ?.Pr) sJt?2 ,F2..r, (.P.re,,'Y lr2'- .r r." e.r2J. ' t/' ./ 2ct9t' Ln .3.3*3 3275-CYC-2022 ' ? /? / / / ,,? //, 2/ arco,/ r, /2 0r, crro / c oxa2 o/-o2 cr/rrD /2 z ?z z z ,rs 2t z SrAt! 3 (J,,t 20 2.{r2 s lrt9?try trJ t/.// ? ?22 ?/4J.re -/ErJ.r.2.eo I or.. o cor.a / c a / O/ z >C2 z ccloaa c aaa / O//OC OCaa ?!Jt /r., srrrr zuJ 2o 2*.r 2 2 a-J er./r./ s e.rr/21 (/tt/r 2rt /2v,?, -roeP -z/u /// .ii,4.3f 3i) 2 oD aa aao , ilv .r2o Jr.ttP 3 2 a ,ru , ,? / ? /, ,? u 2/ ,? /o
2 .r.r/Lry J.r 6., /t, LrJ l/r, /, L'J P: /, az / ra 2z t \f -n: ) \-'*irr 2v# 551O4 lI ./yJ .JJlJUl9 '.rj ,gztz22 t22.rrz/ C/e, (evr/ sentlti www. highcourt. gov. rnv '.2a*-9 info@highcourt. gov.tnv i n ) n
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268، 284، 289، 325، 326، 330 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަދި (ށ)، 48 ވަނަ މާއްދާގެ (ނ)، (ރ) އަދި (ބ)
- ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 44 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 31، 40 (ހ)، 117 (ނ) ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4، 5 ވަނަ މާއްދާ
- ސުޕްރީމް ކޯޓު 2017/SC-A/40 (ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓު 2016/SC-A/18 (މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓު 2013/SC-A/20 (އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓު 2015/SC-A/24 (ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓު 2019/SC-A/56 (ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް)
- ސުޕްރީމް ކޯޓު 2016/SC-A/16 (އިބްރާހީމް ޚަލީލް ވ. ދައުލަތް)
- ސުޕްރީމް ކޯޓު 2018/SC-A/10 (މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޒިމާ އަދި އިތުރު 3 ފަރާތެއް)
- ސުޕްރީމް ކޯޓު 2020/SC-A/113 (ފާޠިމަތު ޙުސައިން ވ. ފާޠިމަތު ޖަމްޝީދާ)
- ހައިކޯޓު 2018/HC-A/298
- ހައިކޯޓު 2019/HC-A/599
- ސުޕްރީމް ކޯޓު 2022/SC-A/92، 2021/SC-A/17، 2017/SC-A/71، 2019/SC-A/72، 2021/SC-A/20 (2016/SC-A/18 ގެ އުޞޫލު ތަޠުބީޤުކުރި)
- ސުޕްރީމް ކޯޓު 2021/SC-A/54، 2021/SC-A/40 (2013/SC-A/20 ގެ އުންޞުރުތަކަށް ޙަވާލާދިން)
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ރަޝީދު
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޙުސައިން ޝަހީދު، މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް