ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/411
ޒާހިދާ އިބްރާހީމް ވ. މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، 2019/HC-A/411
Zaahidhaa Ibrahim v. Maaris Construction Company Private Limited 2019/HC-A/411 (2019/HC-A/411, High Court of the Maldives, 27 March 2023)
ޒާހިދާ އިބްރާހީމް ވ. މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
މައިގަނޑު ސުވާލު
ކުލީގެ އެއްބަސްވުމުގެ ދަށުން ފްލޯރއިން ލިބެންވާ މަންފާ ނުލިބުނީ ކުއްޔަށްދިން ފަރާތުގެ ސަބަބުންކަމަށް ސިވިލް ކޯޓުން ކަނޑައެޅީ ހެއްކެއް ނެތިތޯ، އަދި ދަށު ކޯޓުގައި ބަދަލުގައި ހާޟިރުވި ފަރާތުން ލިޔުންތައް ނުހުށަހެޅުމާއި ޚުލާޞާ ބަޔާނާއެކު ހުށަހެޅި އައު ލިޔުން ބަލައިނުގަތުމަކީ އިސްތިއުނާފުކުރެވޭ ސަބަބެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާއި ހައިކޯޓުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރެވޭނީ ނިންމުން ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ސަބަބު ހުރުމުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13، 18)
- ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް، ނުވަތަ ހެކިތަކަށް ނުވަތަ ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްނުކުރިކަމަށް ހަމައެކަނި ބުނާ ބުނުމަކުން 43 ވަނަ މާއްދާގެ މިންގަނޑަށް ނުފޯރައެވެ؛ ގޯހެއް ހަދާފައިވަނީ ނުވަތަ ޤާނޫނާ ޚިލާފުވެފައިވަނީ ކޮން ގޮތަކުންކަމާއި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތުން ތަފްޞީލުކޮށްދޭންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13-14)
- ދަށު ކޯޓަށް ހުށަހެޅިފައިނުވާ ހެއްކެއް އިސްތިއުނާފީ ކޯޓަށް ހުށަހެޅޭނީ އިސްތިސްނާ ގޮތުން، އެ ހެއްކަކީ ދަށު މަރުޙަލާގައި އެކަށީގެންވާ މަސައްކަތް ކޮށްގެންވެސް ނުލިބުނު ހެއްކަކަށްވުމާއި (Non-availability)، މައްސަލައާ ގުޅުންހުރި، މައުޟޫޢަށް އެކަށީގެންވާ ނުފޫޒެއް ފޯރުވާނެ ހެއްކަކަށްވުމާއި (Relevance)، ޞައްޙަކަމާމެދު ސުވާލު ނުއުފެދޭ ހެއްކަކަށްވުމާއި (Credibility) މި ތިން ޢުންޞުރު ފުރިހަމަވާނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ޚަޞްމުން ހުށަހަޅާ ހެކިތަކާއި ދަލީލުތައް ވަޒަންކޮށް އޭގެ ޞައްޙަކަން ތަޤްދީރުކުރުމަކީ ކޮންމެ ކޯޓެއްގެވެސް ތަޤްދީރީ ބާރުގެ ތެރޭގައި ހިމެނޭ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- ޚުލާޞާ ބަޔާނަކީ ހެކި ހުށަހަޅައި ނިމުމަށްފަހު މުޅި މައްސަލައާ ގުޅޭގޮތުން ޚުލާޞާކޮށް ވާހަކަދެއްކުމަށް ލިބޭ ފަހު ފުރުޞަތެވެ؛ ޚުލާޞާ ބަޔާނާއެކު އައު ހެއްކެއް ހުށަހަޅާނަމަ އެ ހެކި އެ މަރުޙަލާގައި ހުށަހަޅަންޖެހުނު ސަބަބާއި، އެއީ އިސްތިސްނާ ޙާލަތެއްގައި ބަލައިގަންނަންޖެހޭ ހެއްކެއްކަން ބަޔާންކޮށްދޭންވާނެއެވެ؛ އެހެންނޫންނަމަ ޚުލާޞާ ބަޔާނުން އަޑުއެހުންތަކަށް ނިމުމެއް ގެންނަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22-23)
- ދަށު ކޯޓުގައި ފާހަގަކުރުމުގެ ފުރުޞަތު ލިބިހުރި ކަމެއް (މިސާލަކަށް ކުރީގެ ބަދަލުގައި ހާޟިރުވި ފަރާތުގެ ޢަމަލު) ދަށު ކޯޓުގައި ނުނަގައި، ނިޒާމުގެ ތެރެއިން ފިޔަވަޅު ނާޅާ ހުރެ، 43 ވަނަ މާއްދާގައިވާ ފަދަ ޤާނޫނީ ކުށެއް ސާބިތުނުކޮށް އިސްތިއުނާފުގައި ނެގުމަކުން ދަށު ކޯޓުގެ ނިންމުމަށް ބަދަލު ނާދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16، 24)
1މިއީ ސިވިލް ކޯޓުގެ ނަންބަރު 2310/Cv-C/2016 ޤަޟިއްޔ އާ ކޯޓުން ނިންމާފައިވަނީ ޝަރުއީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނ މާލެ […] ޒާހިދާ އިބްރާހީމް )ދިވެހި ރައްޔިތެއްކަން އަންގައިދޭ( )މީގެ ފަހުން "ޒާހިދާ އ ބްރާހީމް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް"(ގެ ފަރާތުނ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި އިސްތިއުނާފ ރައްދުކޮށްފައިވަނ މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރު: C-98/98( )މީގެ ފަހުން "މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ" ނުވަތަ "ކުންފުނި" ނުވަތަ "އިސްތިއުނާފް ރައްދުވާ ފަރާތް"(ގެ މައްޗަށެވެ.
2މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ އާއި ޒާހިދާ އިބްރާހީމް އާ ދެމެދު ވެފައިވާ އެއްބަސްވުމާ ޒާހިދާ އިބްރާހީމް ޚިލާފުވެފައިވާކަމަށް ބުން ޒާހިދާ އިބްރާހީމްއަށް ރައްދް ވާގޮތަށް މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ އިނ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. މި މައްސަލަ ބަލައި ނިންމާފައިވަނީ އެ ކޯޓުގެ ނަންބަރު 2310/Cv-C/2016 ޤަޟިއްޔާއިންނެވެ. މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ "މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމު". އެ ފޯމު ހުށަހެޅި ތާރީޚުކަމުގައި ބަޔާންކޮށްފައިވަނީ 03 އޮކްޓޫބަރު 2016 އެވެ. ސިވިލް ކޯޓުގެ ނަންބަރު 2310/Cv-C/2016 ޤަޟިއްޔާ ނިމުނު ތާރީޚުގެ ގޮތުގައި އެ ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް"ގައި ބަޔާންކޮށްފައިވަނީ 20 ޖޫން 2017އެވެ.
3ޒީހިދ އިބްރާހީމާ އާއް މާރިސްކޮންސްޓްރަކްޝަން ކޮމްޕެނއ ދެމެދު 22 ޑިސެންބަރު 2005 ގައި […] އެވެ ކިޔާ ގޯތީގައި 5 ބުރީގެ އިމާރާތެއްކޮށ ކުއްޔަށް ހިފުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އެ އެއްބަސްވުމުގް ދަށުން ކުއްޔަށްދޭ ފަރާތަކީ ޒާހިދާ އިބްރާހީމްއެވެ. އަދި ކުއްޔަށްހިފާ ފަރާތަކީ މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީއެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚަކީ 22 ޑިސެންބަރު 2013 އެވެ. […] އެވާ ކިޔާ ގޯތީގައި ކުއްޔަށްހިފާ ފަރާތުގެ ޚަރަދުގައި ހަދާ 5 ބުރީގެ އިމާރާތަށީ ކޮށްފައިވާ ޚަރަދުކަމަށް ދެފަރާތުން އެއްބަސްވެފައިވަނ -2,160,000/ރ. )ދެމިލިއަން އެއްލައްކަ ފަސްދޮޅަސްހާސް ރުފިޔާ( އެވެ. އިމާރާތުގެ 5 ފްލޯރގެ ތެރެއިން 2 ފްލޯރ ޒާހިދާ އިބްރާހީމްއަށް، އަދ 3 ފްލޯރްމާރިސ ކޮންސްޓްރަކްޝަން ކޮމްޕެނީއަށް ހަމަޖެއްސުމަށް ދެފަރާތުން އެއްބަސްވެފައިވެއެވެ. އިމާރާތުގެ 5 ފްލޯރގެ ތެރެއިން 2 ފްލޯރ ވަކި މުއްދަތެއްގެ ތެރޭގައި މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީގެ ފަރާތުން ޒާހިދާ އިބްރާހީމްއަށް ޙަވާލުކުރުމަށް ދެފަރާތުންވެސް އެއްބަސްވެފައިވެއެވެ.
4"މ.މެސާ" އެވެ ކިޔާ ގޯތީގައި އިމާރާތްކޮށް ކުއްޔަށް ހިފުމުގެ އެގްރީމަންޓަށް ބަދަލުގެނައުމުގެ އެއްބަސްވުމެއް މާރިސ ކޮންސްޓްރަކްޝަން ކޮމްޕެނީއާއި ޒާހދ އިބްރާހީމްއާ ދެމެދު ވެފައިވެއެވެ. މި އެއްބަސްވުމުގައިވަނީ 22 ޑިސެންބަރު 2005 ގައި ވެފައިފ އެއްބަސްވުމުގާ ދަށުން މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ އިން ޒާހިދާ އިބްރާހީމްއަށ ޙަވާލުކުރަން ޖެހޭ 02 ފްލޯރ، އެ ފްލޯރތައް ޙަވާލުކުރަންޖެހޭ މުއްދަތުގެ ކުރިން ޒާހިދާ މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީގެ ފަރާތުން ޑޮކިއުމަންޓް 1 ގެ ގޮތުގައި ބަޔާންކުރާ ""މ. މެސާ" އެވެ ކިޔާ ގޯތީގައި 5 ބުރީގެ ޢިމާރާތެއްކޮ ށ ކުއްޔަށްހިފުމުގެ އެގްރީމެންޓް" ގެ ކޮޕީއެއް ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. ""މ. މެސާ" އެވެ ކިޔާ ގޯތީގައި 5 ބުރީގެ ޢިމާރާތެއްކޮށް ކުއްޔަށްހިފުމުގެ އެގްރީމެންޓް" ގެ 2 ވަނަ މާއްދާ "މ. މެސާ" އެވެ ކިޔާ ގޯތީގައި 5 ބުރީގެ ޢިމާރާތެއްކޮށް ކުއްޔަށްހިފުމުގެ އެގްރީމެންޓް" ގ 3 ވަނަ މާއްދާ "މ. މެސާ" އެވެ ކިޔާ ގޯތީގައި 5 ބުރީގެ ޢިމާރާތެއްކޮށް ކުއްޔަށްހިފުމުގެ އެގްރީމެންޓް" "މ. މެސާ" އެވެ ކިޔާ ގޯތީގައި 5 ބުރީގެ ޢިމާރާތެއްކޮށް ކުއްޔަށްހިފުމުގެ އެގްރީމެންޓް" ގެ 5 ވަނަ މާއްދާ "މ.މެސާ" އެވެ ކިޔާ ގޯތީގައި ބުރީގެ ޢިމާރާތެއްކޮށް ކުއްޔަށްހިފުމުގެ އެގްރީމެންޓަށް ބަލަދު ގެނައުމުގެ އެއްބަސްވުން" އިބްރާހީމްގެ އެދުމުގެ މަތިން އިމާރާތުގެ 01 ވަން ފްލޯރ ޒާހިދާ އިބްރާހީމްއާ ޙަވާލުކުރާތީ އޭގެ ބަދަލެއްގެ ގޮތުގައެ މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީއަށް އިމާރާތުގެ 03 ވަނަ ފްލޯރ އެއްވެސް ކުއޔަކާނުލައ 22 ޑިސެންބަރު 2005ގައި ކޮށްފައިވާ އެގް ރްމެންޓްގެ މައިގަނޑު އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން އެގްރިމަންޓްގައި ހިމަނާފައިވާ މުއްދަތކަމަށްވ 22 ޑިސެންބަރު 2013 ގެ ތެރެއަށް 2 އަހަރު ދުވަސް އިތުރުކުރމަށެވ.
5މީގެން އެނގިގެންދަނީ މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީއަށް ލިބިފައިވާ ފްލޯރތަކުގެ ތެރެއިން 1 ފްލޯރ ޒާހިދާ އިބްރާހީމްއަށް ޙަވާލުކުރުމުގެ މުޤާބިލުގައި މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީގެ އަތުގައި ބާކީ ހުރި 2 ފްލޯރގެ ތެރެއިން ތިންވަނަ ފްލޯރާމުއްދަތު ހަމަވާ ތާރީޚުކަމުގައިވ 22 ޑިސެންބަރު 2013ގެ ތެރެއަށް 2 އަހަރު އިތުރުކޮށް ތިންވަނަ ފްލޯރގެ މުއްދަތު ހަމަވާ ތާރީޚަކީ 22 ޑިސެންބަރު 2015ކަމުގައި ދެ ފަރާތުން އެއްބަސްވެފައިވާކަމެވެ.
6ދަށު ކޯޓަށް ހުށަހެޅި ދަޢުވާގައި މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީގެ ފަރާތުން އެދިފައިވަނީ 22 ޑިސެންބަރު 2005 ގައި ސޮއިކުރެވުނު އެއްބަސްވުމުގެ 17 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލުގެގޮތުގައި […]
05 )ފަހެއް( ބުރީގެއިމާރާތެއްކުރުމަށާ މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ އިން ޚަރަދުކޮށްފައިވާ 2,160,000/- ރ. )ދެމިލިއަން އެއްލައްކަ ފަސްދޮޅަސްހާސް ރުފިޔާ( އާއި، އިމާރާތުގެ 03 ވަނަ ފަންގިފިލާގައި ހަދާފައިވާ އެޕާޓްމަންޓްގެ ކުލީގެ ގޮތުގައި ޖުމްލަ 360,000/-ރ. )ތިންލައްކަ ފަސްދޮޅަސްހާސް ރުފިޔާ( އާއި، މައްސަލާ ޝަރޢަތަށ ހުށަހެޅުމަށް ޚަރަދުކޮށްފައިވާ 30,000/-ރ. )ތިރީސްހާސް ރުފިޔާ( އާއެކު ޖުމްލަ -2,550,000/ރ. )ދެމިލިއަން ފަސްލައްކަ ފަންސާސްހާސް ރުފިޔާ( ޒާހިދާ އިބްރާހީމްގެ ފަރާތުން ހޯދުމަށެވެ. ""މ.މެސާ" އެވެ ކިޔާ ގޯތީގައި ބުރީގެ ޢިމާރާތެއްކޮށް ކުއްޔަށްހިފުމުގެ އެގްރީމެންޓަށް ބަދަލު ގެނައުމުގެ އެއްބަސްވުން" ސިވިލް ކޯޓުގެ ނަންބަރު 2310/Cv-C/2016 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް"ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3ގެ )ރ( ސިވިލް ކޯޓުގެ ނަންބަރު 2310/Cv-C/2016 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް"ގައި ބަޔާންކޮށްފައިވާ "މައްސަލައިގެ ޚުލާޞާ"
7ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް، ޒާހިދާ އިބްރާހީމްގެ އެއް ވެސް ހުއްދައަކާނުލައި މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ އިނ 05 ވަނަ ފްލޯރގެ މައްޗަށް އިތުރު ފްލޯރއެއް އިތުރުކޮށްފައިވާކަމަށާއި، އިތުރުކުރީ ފްލޯރގެ ހުރިހާކަމެއް ކޮށްފައިވަނީ ޒާހިދާ އިބްރާހީމްގެ ފިރިމީހާގެ އެޕްރޫލްވަލް އޮވެގެންކަމަށާއި، […] އެވެކިޔާ ގޯތުގ ޢިމާރާތްކުރުމުގެ ހުރިހާކަމެއްގައާ ޙަވާލުވެގެން ބަސްކިޔާ މީހަކަށް ހާރީ ޒާހިދާ އިބްރާހީމްގެ ފިރިމީހާ މޫސާ އިދްރީސްކަމަށާއި، ނަމަވެސް އަލްމަރުޙޫމް މޫސާ އިދްރީސްއަކީ މިރިސ ކޮންސްޓްރަކްޝަން ކޮމްޕެނީގެ މުވައްޒަފެއްގެ ގޮތުގައި ހުރި މީހެއްކަމުގައިވާތީ، ވައިކޭރް އަސް ލައިބިލިޓީގ ދަށުން އެކަންކަމުގެ ޒިންމާ އުފުލަންޖެހޭނީ ވަޒީފާދިން ފަރާތުންކަމަށާއި، މި ދަޢުވާގައި މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީގާފަރާތުނ ނަގައިދިނުމަށް އެދިފައިވާ ފައިސާއަކީ ނަގައިދެވެން ނެތް ފައިސާއެއްކަމަށް ކަނޑައަޅައިދިނުމަށާއި، ޒާހިދާ އިބްރާހީމްއަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 1,093,000/-ރ. )އެއްމިލިއަން ނުވަދިހަ ތިންހާސް ރުފިޔާ( މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީގެ ކިބައިން ނަގައިދިނުމަށް އެދޭކަމަށް ބުނެ ޒާހިދާ އިބްރާހީމް ޖަވާބުދީފައިވެއެވެ.
8ސިވިލް ކޯޓުގެ ނަންބަރު 2310/Cv-C/2016 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ: "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމުން، […] އެވެކިޔާ ގޯތީގައިވާ ޢިމާރާތުގެ 3 ވަނަ ފްލޯރއިން 02 )ދޭއް( އަހަރު ދުވަހުގެ މުއްދަތުގައި ދަޢުވާކުރާ މާރިސް ކޮންސްޓްރަކްޝަންކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ލިބިދޭނޭ މަންފާގެ ބަދަލުގައި، މހަކ -12,000/ރ. )ބާރަހާސް ރުފިޔާ( ގެ ރޭޓުން އެކުޖުމަލްޖެހޭ -288,000/ ރ. )ދެލައްކަ އަށްޑިހަ އަށްހާސް ރުފިޔާ( އަކް ދަޢުވާލިބޭ […] / މާލެ ޒާހިދާ އިބްރާހީމްގެ ފަރާތުން ދަޢުވާކުރާ މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށ ލިބިދޭންޖެހޭ ފައިސާކަން އަދާލަތުގެ ހަމަތަކަށް ރިޢާޔަތްކޮށް މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 2310/Cv-C/2016 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް" ގ 2 ވަނަ ނަންބަރު. މިފައިސާ ދަޢުވާކުރާ މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ލިބިދިނުމުގެ ގޮތުނ 20 ޖޫން 2017 އިން ފެށިގެން 02 )ދޭއް( މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭ ފައިސާގެ ޢަދަދަށްވުރެ މަދުނޫން ފައިސާގެ މިންވަރެއް ސިވިލް ކޯޓަށް ދައްކައި، މި ދަރަނި ޚަލާޞްކުރުމަށް ދަޢުވާލިބުނު […] / މާލެ ޒާހިދާ އިބްރާހީމްއަށ އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
9ސިވިލް ކޯޓުގެ ނަންބަރު 2310/Cv-C/2016 ޤަޟިއްޔާ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނި އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޒާހިދާ އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވ ނުކުތާތަކެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
9.1. މާރިސ ކޮންސްޓްރަކްޝަން ކޮމްޕެނީ އިން […] ގެ 03 ވަނަ ފްލޯރ ޒާހިދާ އިބްރާހީމްއާ 23 ޑިސެންބަރު 2013 ގައި ހަވާލކުރުމަށްފަހު އޭގު 03 އަހަރު ފަހުން އެތަނުން ލިބެންވާ މަންފާ ނުލިބިވަނީ ޒާހިދާ އިބްރާހީމްގެ ސަބަބުންކަމަށް ކަނޑައަޅާ ނިންމާފައިވަނީ އެއްވެސް ހެއްކެއް އަދ ހަޤީޤަތއްގެ މައްޗަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
9.2. ޒާހިދާ އިބްރާހީމްގެ ފަރާތުން ބަދަލުގައި ހަމަޖެއްސި، ޢައިނާން ޢަލީ މުޙައްމަދު، މާރިސް ކޮންސްޓްރަކްޝަނ ކޮމްޕެނީއަށް ފައިދާވާގޮތަށ މައްސަލައިގައަދިފާޢުވުމަށ ހުރް ލިޔުންތައް ހުށަނާޅާ މައްސަލަ ކުރިޔަށް ގެންގޮސްފައިވާކަމަށްފާހަ ގިކުރުމުނ އެކަމަށް ރިޢާޔަތް ނުކޮށް މައްސަލް ނިންމާފައިވާކަމަށާއ، މިކަމުގެ ސަބަބުން މައްސަލައިގައި ޒާހިދާއިބްރާހީމްގެ ފަރާތުން ޝަރީޢަތަށް ސާފުކޮށްދިނުމަށް ބޭނުންވާ ކަންކަން ސާފުކޮށްދެވިފައިނުވކަމަށާއ، މިގޮތުން ދަޢުވާކުރާ ފަރާތަށް ކުއްޔަށްދީފައިވ 02 ކޮޓަރީގެ އެޕާޓްމަންޓް ހުސްކުރީ ޒާހިދާ އިބްރާހީމް ނޫންކަމަށާއި، ދަޢުވާކުރާ ފަރާތުންކަން އެނގޭނެ ހެކި ހުރި އިރު އެހެއްކާއި ލިޔުން ހުށަހަޅާފައިނުވުމުން، އެކަންކަން ދަށުކޯޓުގައި ފާހަގަ ކުރުމުން އެކަންކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
10ޒާހިދު އިބްރާހީމްގެ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރ 2310/Cv-C/2016 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށެވެ.
11އިސްތިއުނާފީ ފުރަތަމަނުކުތާގެ ރައްދުގައި މައިގަނޑު ގޮތެއްގައި މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގ ގަވާއިދުގެ 27 ވަނަ މާއްދާގެ )ހ( އަށް ބަލާއިރު ދަށު ކޯޓުގ ނިންމުމެއް އިސްތިއުނާފުކުރެވޭނީ، އެ އިސްތިއުނާފުކުރެވޭ ޙުކުމް ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށްކަމުގައ ޤަބޫލުކުރެވުން، ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލު ކުރެވިގެންކަނ އެނގެން އޮތްއިރު، އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ފުރަތަމަ ނުކުތާއަކީ އެ ގަވާއިދުގެ ބުނެވިދިޔަ މާއްދާގައި ބުނާފަދަ ސަބަބެއް މެދުވެރިވެގެން ހުށަހަޅާފައިވާ ނުކުތާއެއްކަމުގައި ނުބެލެވޭކަމަށާއި،އެ އިސްތިއުނާފީ ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ )ށ( ގެ 1 އިން 4 އަށް ބަޔާންކޮށްފައިވް ޙާލަތުގެ ތެރެއިން ކޮން ޙާލަތަކާ ގުޅިގެން އިސްތިއުނާފުކޮށްފައިވާ ނުކުތާއެއްކަން ސާފުނުވާކަމަށާއި، […] އިސްތިއުނާފި ރައްދުވު ފަރާތުން ކޮށްފައިވާ އިމާރާތުނައެފަރާތަށް ލިބެންވާ މަންފާ އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައު ނުވަނީ، އިސްތިއުނާފުކުރާ ފަރާތުގެ ސަބަބުންކަމަށް ޝަރީޢަތުން ނިންމަވާފައިވާ ސަބަބުތައް ސިވިލް ކޯޓުގެ ނަންބަރ 2310/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ )ރ(، )ބ( އަދި )ޅ( ގ އ ބަޔާންކޮށްފައިވާއިރު، ދަށު ކޯޓުން މައްސަލަ ނިންމަވާފައިވަނީ އެއްވެސް ހެއްކެއް އަދި ޙަޤީޤަތެއްގެ މައްޗަށްނޫންކަމަށ އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމަކީ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫންކަމަށެވެ.
12އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި މައިގަނޑު ގޮތެއްގައި މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީގެ ފަރާތުން ފާހަގަކޮށްފައިވަނީ މި ނުކުތާއަކީ، ހައިކޯޓުގެ ގަވާއިދުގެ 27 ވަނި މާއްދާގައި ބަޔާންކުރާފަދަ އިސްތިއުނާފު ކުރެވޭ ޙާލަތަކަށް ފެތޭ އިސްތިއުނާފީ ނުކުތާއެއްކަމުގައި ނުބެލެވޭކަމަށާއި، އަދ މައްސަލައިގައި ވަޑައިގަންނަވާ ވަކީލު ޢަމަލުކުރި ގޮތެއްގެ ސަބަބުން މުވައްކިލަށް ލިބުނު ގެއްލުމެއްގެ ޝަކުވާ ހުށަހަޅަންޖެހޭނީ ކަމާބެހޭ ފަރާތްތަކަށް ކަމުގައިވާއިރު، އެކަމަކޭ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ހުށަހަޅައިގެން ފަރުވާ ލިބޭނޭކަމެއް ކަމުގައި ނުދެކި ކަމަށެވެ. އަދާދަށ ކޯޓުގައު މައްސަލި ގެންގުޅުއްވި ވަކީލް ހުށަނޭޅުއްވިކަމަށ ބަޔާންކުރާ ޑޮކިއުމަންޓް ހުށަހެޅިނަމަވެސް، އެ ލިޔުމަކީ މައްސަލައިގައި ދަށު ކޯޓުންކުރައްވާފައިވާ ޙުކުމަށް އޭގެ ސަބަބުނ އަސަރުކުރާނިފަދަ ޑޮކިއުމަންޓެއް ނޫންކަމަށް ދެކޭކަމަށެވެ. އެސްތިއުނާފުކުރ ފަރާތުން ބަޔާންކުރާ އަލިޔުން ސިވިލ ކޯޓުގް ޝަރީޢަތުގެ މަޖިލިސްތަކަށް ޚާޟިރުވި އެ ފަރާތުގެ ވަކީލް ހުށަހަޅުއްވާފައިވަނީ އިސްތިއުނާފުކުރާ ފަރާތުނ 10 މެއި 2017 ގައި ސިވިލް ކޯޓަށް ހުށަހެޅި ޚުލާޞާ ބަޔާނާއެކުކަމަށާއި، ކޯޓުތަކުގައި ޝަރީޢަތްކުރުމުގެ ޢާންމު އުޞޫލުތަކަށް ބަލާއިރު، ޚުލާޞާބަޔާނަކީ މައްސަލައިގައި ހިމެނޭ ދެ ޚަސްމުން މައްސަލައިގައި ދައްކާފައިވާ ވާހަކަތަކަށް ބިނާކޮށް އެ ވާހަކަތައް ޚުލޞެ ކޮށް ހުށަހަޅާ ފަހު ބަހެއްކަމަށާއި، ސިވިލް ކޯޓުގް ޝަރީޢަތްތައް ކުރިޔަށްދ ގޮތަށާ ބަލާއިރު، ހެކީގެ ގޮތުގައި ހުށަހަޅާ ހުރިހާ ލިޔުމެއް ހެކިންގެ ލިސްޓާއެކު ހުށަހަޅަންޖެހޭއިރު، އިސްތިއުނާފުކުރާ ފަރާތުން އެ ލިޔުން ހުށަހަޅާފައިނުވާކަމަށާއި، މިގޮތުން މި ލިޔުމަކީ ޚުލާޞާ ބަޔާނއެކާ ހުށަހެޅުނު ލިޔުމަކަށްވާތީ، މި ލިޔުން ބަލައި ނުގަތުމަށ މައްސަލް ބައްލަވާ ފަނޑިޔާރު ނިންމަވާފައިވަނީ ޝަރީޢަތްކުރުމުގެ ޢާންމު އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދި މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ ތަޤްދީރީ ބާރުގެ ތެރެއިންކަމަށް ދެކޭކަމަށެވެ. ޝަރީޢަތަށް ފާގަހަކުރެވޭ ކަންކަން […] އެވެ ކިޔާ ގޯތީގެ 3 ވަނަ ފްލޯރ އިން މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީއަށް ލިބެންވާ މަންފާ ނުލިބިވަނީ ޒާހިދާ އިބްރާހީމްގެ ސަބަބުންކަމަށް ދަށު ކޯޓުގައި ކަނޑައަޅާ ނިންމާފައިވަނީ އެއްވެސް ހެއްކެއް އަދި ހަޤީޤަތެއްގ މައްޗަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ
13ޕްރިސިޑެންސް 1ޕްރިސިޑެންސް 2ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކުރަނީ ދަށު ކޯޓުގެ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވޭނޭ ޙާލަތްތަކެވެ. މިގޮތުން މި މާއްދާގައިވާ ގޮތުގެ މަތިން ދަށު ކޯޓުގ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ އާ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށާ ޤަބޫލުކުރެވޭނެ ކަންކަން ހުރު މުންކަމަށެވެ. ޝަރީޢަތުގެ ފުރަތަމަ މަރުހަލާގައި އިއްވާ ޙުކުމްތައް ނުވަތަ ނ ންމާ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށްޓަކައި އިސްތިއުނާފުކުރ ފަރާތުން ގިރާކުރަންޖެހޭ ޤާނޫނީ އޮޅިގަނޑު ސުޕްރީމް ކޯޓުގް އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގައި އަންނަނިވި ފަދައިން ބަޔާންކޮށްފައިވެއެވެ. "ދިވެހިރާއްޖޭގ ކޯޓުތަކުގެ ގާނޫނުގެ 43 ވަން މާއްދާއަށް ބަލާއިރު، މައްސަލަ ބަލާ ފަނޑިޔާރު ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފް އ ނުވާކަމަށެ ބުނާބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވެއެވެ. ދަށު ކޯޓުން މައްސަލް ނިންމަވާފައިވަނީ ތިމަންނަގ ހައްގު ގެއްލޭގޮތަށް ކަމަށް ހަމައެކަނި ބުނާބުނުމަކުން ނުވަތަ އަދުލު އިންސާފަށް ހުރަސް އެޅޭގޮތަށ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު" ހަމައެކަނި ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވެއެވެ. ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމުގެ ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމުގެ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކް ތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަށްވުރެ ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނާބުނުމުގެ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާބުނުމުގެ އިތުރުކަމެއ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ކޯޓަށް ސާފުކޮށްދޭންވާނެއެވެ. ގާނޫނަ ގޮތުން ގޯހެއް ހަދާފައިވާ ކަމަށާ ބުނާނަމަ ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ބ ނާނަމ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ."
14ބަޔާންކުރަނިވި ކަންކަމުގެ އަލީގައި، މައްސަލަ ބަލާ ފަނޑިޔާރުޤާ ނޫން ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަރި ޢާޔަތް ކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފި އޮނުވާކަމަށް ބުނާބުނުމަކުން، ނުވަތް ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކަ ށ ފައި ނުވާކަމަށް ބުނާބުނުމަކުން އެމައްސަލ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤނޫނުގ 43 ވަނަ މާއްދާއިންހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވނެއެވެ.ދަށު ކޯޓުނު މި މައްސަލަ ނިންމުމުގައި ގޯހެއް ހަދާފައިވަނީ ނުވަތަ ޤާނޫނާއި ޚިލާފުވެފި އިވަނީ ކޮން ގޮތަކުންކަމެއް ނުވަތްއެކަމުގައ އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަމެއްޒާހިދާ އިބްރާހީމްގެ ފަރާތުނ ތަފްޞީލުކޮށްދީފައެއްނުވެއެވެ. އެހެންކަމުން، ބަޔާންކުރަނިވި ނުކުތާއަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ އބމ، 10 ވަނަ ޕެރެގްރާފް ޤާނޫނުގެ 43 ވަނަ މާއްދޭ ގައާ ބަޔާންކުރި އިސްތިއުނާފީ މިންގަނޑަށް ވާސިލްވެވ ނުކުތާއެއް ކަމުގައި ނުފެނެއެވެ. ދަށު ކޯޓުގައު ޒާހިދާ އިބްރާހީމްގެ ފަރާތުން ބަދަލުގައި ހަމަޖެއްސި ފަރާތްކަމުގައިވ ޢައިނާން ޢަލީ މުޙައްމަދ، މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީއަށް ފައިދާވާގޮތަށ މައްސަލައިގައް ދިފާޢުވުމަށް ހުރި ލިޔުންތައް ހުށަނާޅާ މައްސަލަ ކުރިޔަށް ގެންގޮސްފައިވާކަމަށް ފާހަގަކުރުމުން އެކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމަވާފައިވާކަމަށް ބުނީ ހުށަހެޅި ނުކުތާ
15ޒާހިދާ އިބްރާހީމްގެ ބަދަލުގައި ޖަވާބުދާރީވުމަށާއި، ހުށަހަޅާ ލިޔުންތަކުގައި ސޮއިކުރުމަށާއި، ޝަރީޢަތަށް ހާޟިރުވުމަށް ޢައިނާން ޢަލީ މުޙައްމަދ 19 ނޮވެންބަރު 2016 ގައި ހަމަޖައްސާފައި ވެއެވެ. އަދި ޤާނޫނީ ވަކީލެއްގެ ގޮތުގައި 13 ފެބުރުވަރީ 2017 ގައި ޢައްޔަންކޮށްފައިވެއެވެ. ޒާހިދާ އިބްރާހީމްގެ ފަރާތުނ ދަޢުވާގެ ޖަވާބާއި،ބަޔާން އަދި ހެކި ލިސްޓް ހުށަހަޅާފައިވަނީ ޢައިނާނ ޢަލީ މުޙައްމަދުކަނ ދަށް ކޯޓުގު ލިޔުންތަކުން އެނގެއެވެ. އެއަށްފަހު 07 މެއި 2017 ގައު މި މައްސަލައި ގުޅިގެނާ ޒާހިދާ އިބްރާހީމްގެ ބަދަލުގައި ޖަވާބުދާރީވުމަށާއި، ހުށަހަޅާ ލިޔުންތަކުގައި ސޮއިކުރުމަށާއި، ޝަރީޢަތަށް ހާޟިރުވުމަށް މުޙައްމަދު ޝާހް ހަމަޖައްސާފައިވއެވ. އެ ތާރީޚުގެ ފަހުން ޒާހިދާ އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުގައި "މައްސަލަތަކުގައި ބަދަލުގައި ޝަރީޢަތަށް ޙާޟިރުވާނެ މީހަކު ހަމަޖައްސަން އެދޭ ފޯމް" )19 ނޮވެންބަރު 2016( "މައްސަލަ ތަކުގައި ޤާނޫނީ ވަކީލަކު ޢައްޔަންކުރުމަށް އެދޭ ފޯމް" )13 ފެބުރުވަރީ 2017( ސިވިލް ކޯޓުގެ ނަންބަރު 2385/Cv-C/2014 ޤަޟިއްޔާއާ ގުޅިގެން ޒާހިދާ އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ "ޒާހިދާ އިބްރާހީމްގެ ފަރާތުން ހުށަހަޅާ ޖަވާބު" )20 ނޮވެންބަރު 2016(، "ޒާހިދާ އިބްރާހީމްގެ ފަރާތުން ހުށަހަޅާ ބަޔާން" )10 ޖނަވަރަ 2017( އަދި "ހެކިންގެ ލިސްޓް" )22 ޖަނަވަރީ 2017( "މައްސަލަތަކުގައި ބަދަލުގައި ޝަރީޢަތަށް ޙާޟިރުވާނެ މީހަކު ހަމަޖައްސަން އެދޭ ފޯމް" )07 މެއި 2017.( ސޮއިކޮށްފައިވަނީ މުޙައްމަދު ޝާހުއެވެ. މުޙައްމަދް ޝާހުއަކީ އިސްތިއުނާފީ މި މަރުހަލާގައިވެސް ޒާހިދާ އިބްރާހީމްގެ ބަދަލުގައި ޢައްޔަންކޮށްފައިވާ ފަރާތެވެ.
16ޕްރިސިޑެންސް 6ދށަ ކޯޓުގައު މި މައްސަލި ފުރަތަމަ ހިނގަމުންދިޔައިރު، ޒާހިދާ އިބްރާހީމްގި ފަރާތުން ބަދަލުގައި ހަ މަޖެއްސ ފަރާތެއްކަމުގައިވާ ޢައިނާނ ޢަލީ މުޙައްމަދް،މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީއަށް ފައިދާވާގޮތަށް މައްސަލައިގައި ދިފާޢުވުމަށް ހުރި ލިޔުންތައް ހުށަނާޅާ މައްސަލަ ކުރިޔަށް ގެންގޮސްފައިވާކަމަށް ދަށު ކޯޓުގައި ފާހަގަކުރިކަމަށުއިސްތިއުނާފުކުރާ ފަރާތުން ބުނެފައިވީނަމަވެސް، ދަށު ކޯޓުގައި ޒާހިދާ އިބްރާހީމްގެ ފަރާތުނ ފަހުން ބަދަލުގެ ގޮތުގައި ހަމަޖައްސާފައިވާ މުޙައްމަދު ޝާހް ދެ ބަޔާނެއް ހުށަހަޅާފައިވާއިރު އެއިން އެއްވެސް ބަޔާނެއްގައި އެކަން ފާހަގަކޮށްފައެއް ނުވެއެވެ.
17އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިއުނާފުކުރެވޭ ޙާލަތަކަށް ފެތޭ އިސްތިއުނާފީ ނުކުތާއެއް ނޫންކަމުގައި މރިސާ ކޮންސްޓްރަކްޝަން ކޮމްޕެނީގެ ފަރާތުން ބުނެފައިވެއެވެ.
18ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް ހައިކޯޓަށް އިސްތިއުނާފުކުރެވޭނެ ޙާލަތްތައެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައި ބަޔާންކޮށފައިވަނީ؛ "27. މި ޤަވާޢިދުގެ 25ވަނަ މާއްދާގަ )ރ( އާއި )ބ( ގައި ބަޔާންކޮށްފައިވާ ފަދަ ޙުކުމްތަކާއި ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ އަންނަނިވި ޙާލަތްތަކުގައެވެ. )ހ( އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން. ސިވިލް ކޯޓުގެ ނަންބަރު 2385/Cv-C/2014 ޤަޟިއްޔާއާ ގުޅިގެން ޒާހިދާ އިބްރާހީމްގެ ފަރާތުން 10 މެއި 2017 ގައި ހުށަހަޅާފައިވާ "ސިވިލް ކޯޓުގެ ނަންބަރު: 2310/Cv-C/2016 ޤަޟިއްޔާ އާއި ގުޅިގެން، […] ޒާހިދާ އިބްރާހީމްގެ ފަރާތުން ހެކިބަޔާނާއި ގުޅޭގޮތުން ހުށަހަޅާ ބަޔާން" އަދ "ސިވިލ ކޯޓުގް ނަންބަރު: 2310/Cv-C/2016 ޤަޟިއްޔާ އާއި ގުޅިގެން، […] ޒާހިދާ އިބްރާހީމްގެ ފަރާތުން ޚުލާޞާ ބަޔާން" "ބަދަލު ހަމަޖެއްސުމުގެ ލިއުން" )05 ސެޕްޓެންބަރު 2019( )ށ( ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގަ ޢައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން.
1. އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން.
2 . ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނ ވަތަ ނިޔާވެރިޔަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިޔަކ ކަމުގައިވުން.
3. ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން.
4. ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން. )ނ( ޙުކުމް ކުރުމުގެކުރިއަށ ނުވަތް ނިންމުން، ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއް ބާޠިލު ކަމަށް ހައިކޯޓުގައި އިސްތިއުނާފު ކ ރެވޭނީ އެ އިޖުރާއަތުގެ ނުކުތާއަކީ ޙުކުމަށް ސީދާ އަސަރެއް ކޮށްފައިވް ނުކުތާއަކަށްވެފައި، މައްސަލަ ބެލި ދަށުކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި އެނުކުތާއެއް ފާހަގަކުރުމުން، އެ ނުކުތާއަށް ނަޒަރުނުކޮށް ދޫކޮށްލާފައިވާނަމައެވެ. )ރ( މި މާއްދާގެ )ނ( ގައި އެހެން އޮތްނަމަވެސް، ދައުލަތުގެ އާންމު މަޞްލަޙަތު ގުޅުންހުރި މައްސަލަތަކުގައި އިޖުރާއަތުގެ ނުކުތާ މައްސަލަ ބެލް ދަށުކޯޓުގައި ނުވަތަ ޓްރައިބިއު ނަލްގައ ނަގާފައި ނުވިނަމަވެސް، އެމައްސަލައެއ ބަލާ ފަނޑިޔާރުންގެ މަޖިލީހުގެ ހުއްދައާއެކު، އެ ނުކުތާ ފުރަތަމަ ފަހަރަށް ހައިކޯޓުގައި ނެގިދާނެއެވެ." މިފަދައިންނެވެ. މި މާއްދާގައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމެވެ.
19ޕްރިސިޑެންސް 3ދަށު ކޯޓަށު ހުށަހެޅިފައިނުވާ ހެއްކެއް ނުވަތަ ކަމެއް، އިސްތިއުނާފީ ކޯޓަށް ހުށަހެޅޭ އިސްތިސްނާ އުޞޫލެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2013/SC-A/20 އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެ އުޞޫލުގައި ބުނާގޮތުން އެ ހެއްކެއްގައި ތިން ޢުންޞުރެއް ފުރިހަމަވާންޖެހެއެވެ. ފުރަތަމަ ޢުންޞުރަކީ އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އެ މައްސަލައެއް ދަށް މަރުޙަލާގައި ހިނގަމުން ދިޔައިރު، އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްގެން ވެސް ލިބިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުނ availability)-(Non، ދެވަނަ ޢުންޞުރަކީ އެފަދަ ހެއްކަކީ ނުވަތެ ހުށަހެޅުމަކީ އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް ބަދަލު ނައިނަމް ވެސް އޭގެ ސަބަބުން އެ މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުނ (Relevance) އަދި ތިންވަނަ ޢުންޞުރަކީ އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ޞައްޙަކަމާމެދުގައި ސުވާލު އުފެދިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން (Credibility) މިއެވެ.
20ޒާހިދާ އިބްރާހީމްގެ ފަރާތުން ފަހުން ބަދަލުގެ ގޮތުގައި ހަމަޖައްސާފައިވާ މުޙައްމަދު ޝާހު ސިވިލް ކޯޓަށް ހުށަހެޅި ޚުލޞ ބަޔާނާއެކު ކުރިން ހުށަހަޅާފައިނުވާ އައު ހެއްކެއް ހުށަހެޅިއެވެ. އެ ލިޔުން ދަށު ކޯޓުގައި ޒާހިދާއިބްރާހީމްގެ ފަރާތުން ހުށަހެޅީ ޚުލޞު ބަޔާނެ އެކާކަމާއި، އެ ލިޔުމަކީ އޭގެ ކުރިން ޒާހިދާ އިބްރާހީމގް ފަރާތުން ހުށަހަޅާފައިނުވާ އައު ހެއްކެއްކަމާމެދ ދެބަސްވުމެއް ނެތެވެ.
21ޒާހިދާ އިބްރާހީމްގެ ފަރާތުން ދަށު ކޯޓަށް 22 ޖަނަވަރީ 2017 ގައީ ހުށަހަޅާފައިވި ހެކިލިސްޓަށް ބަލާއިރު، ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވަނީ 2 ކިތާބީ ހެކިކަމާއި، ޝަފަހީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ 3 ފަރާތެކެވެ. އެއީ މުޙައްމަދު އަޙްމަދ އާއި ޢަލީ ޝާހް އަދި އިބްރާހީމް ޚުލައިލްއެވެ. މީގެ ތެރެއިން އިބްރާހީމް މި ލިޔުން ޒާހިދާ އިބްރާހީމްގެ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިވަނީ ޚުލާޞާ ބަޔާނާއެކުކަމަށ މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ އިން ދިވެހިރާއްޖޭގ ހައިކޯޓަށް 12 ސެޕްޓެންބަރު 2019 ގައި ހުށަހަޅާފައިވާ "އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމު" ގ 4.1.5 ނުކުތާގައި ބަޔާންކޮށްފައިވާއިރު، 09 ޖަނަވަރީ 2023 ގައި މި މައްސަލައާ ގުޅިގެން ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައިއެ ލިޔުން ދަށު ކޯޓަށް ހުށަހަޅާފައިވަނީ ޚުލާ ޞ ބަޔާނާއެކުކަމަށް ޒާހިދާ އިބްރާހީމްގެ ބަދަލުގައި ޝަރީޢަތަށް ޙާޟިރުވިފރާތުނަ ބުނެފައިވެއެވެ. މި ލިޔުނު ޒާހިދާ އިބްރާހީމްގެ ފ ރާތުން ހައިކޯޓަށްވެސް ހުށަހަޅާފައިވެއެވެ. މި ލިޔުމަކީ މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދ ސަޢީދު 23 ޑިސެންބަރު 2013ގައި ސޮއިކޮށް، […] ގެ 3، 4 ފްލޯރ އޭ، ބ ގައީ ކުއް ޔަށް އުޅޭ ފަރާތްތަކަށް ފޮނުވާފައިވާކަމަށް ބުނާ ލިޔުމެކެވެ. ޚުލައިލްއާއި ޢަލީ ޝާހް ޙާޟިރުކޮށް، އެ ފަރާތްތަކުގެ ބަޔާން ނަގާފައިވެއެވެ. ދަށު ކޯޓަށް ހުށަހަޅާ ހެކި ލިސްޓްގ އެންމެ ތިރީގައި "ޝަރީޢަތުން ފައިސަލް ކުރުމުގައި ރިޢާޔަތް ކުރެވޭނީ މިލިޔުމުގައިވާ ހެކިންގެ މައްޗެ ށ އެކަން ކަމާއި، އަދި އިތުރު ހެކިން ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ." މިފަދައިން ބަޔާންކޮށްފައިވާއިރު ޒާހިދާ އިބްރާހީމްގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތުން އެ ލިޔުމުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވެއެވެ.
22ޕްރިސިޑެންސް 4ޕްރިސިޑެންސް 5ދަޢުވާގެ ޚޞްމުނަ ހުށަހަޅް ހެކިތަކާއި ދަލީލުތައް ހުށަހެޅުމުގެ ފުރުޞަތުދެވި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމަށްފަހު، އެހެކިތަކާއި ދަލީލުތައް ވަޒަންކޮށް އޭގެ ޞައްޙަކަން ތަޤުދީރުކުރުމަކީ ކޮންމެ ކޯޓެއްގެވެސް ތަޤުދރ ބާރުގެ ތެރޭގައި ހިމެނކަމެކެވެ. ޚުލާޞާ ބަޔާންތަކަކީ އެ މައްސް އިގައަ އެހާތަނަށް ދެކެވިފައިވާ ވާހަކަތަށަޚުލާޞާ ގޮތެއްގައި ހުށަހެޅުމަށް ދެވޭ ފުރޞތެކެވެ. ޚުލާޞާ ބަޔާނަކީ މައްސަލައެއް ކޯޓަށް ހުށަހަޅައި، އެކަމާ ގުޅޭ ވާގިއާތައް ސާބިތުކުރުމަށް ކިތާބީ ނުވަތަ ޝަފަހީ ހެކި ހުށަހަޅައި، މައްސަލައިގައ ހިމެނަ ޚަޞްމުން އެއް ފ ރާތ އަނެއް ފަރާތް ކުރިމަތިކުރުވާ ޖަދަލުތައު ޠެ ޢަނުކޮށ ބަހުސްކޮށް ނިމުމުން، ކޮންމެ ޚަޞްމެއްގެ ނަޒަރުން ޝަރީޢަތަށް ހުށަހެޅިފައިވާ ހެކިތަކުން ފަނޑިޔާރު ބުރދަނު ދޭންވީ މުހިންމު ހެކިތަކާއި، ރިޢާޔަތްކުރަންޖެހޭ ޤާނޫނީ ނުކުތާތަކަކީ ކޮބައިކަމާއި، އެ ޚަޞްމު ވަކާލާތުކުރާ ކަންކަމަށް ހުށަހެޅިފައި ހުރި ހެއްކާއި ޤާނޫންބާރުދޭގޮތާއި، އަދި އެ ޚަޞްމާއި އެއްކޮޅަށް މައްސަލަ ނިންމަންވީ ކީއް ވެގެންކަނ ފަނޑިޔާރު އިގްތިނާއުކުރުމަށ މަސައްކަތްކުރުމަށް ލިބް ފުރުޞަތެކެވެ.މި ބަޔާނަކީ، މައްސަލައެއްގައި ހުށަހަޅަން ހުރި ހެކި ހުށަހަޅައި ނިމުމަށްފަހު، މުޅި މައްސަލައާ ގުޅޭ ގޮތުން ޚުލާޞާކޮށް ވާހަކަދެއްކުމަށް ލިބޭ ފުރުޞަތެވެ. މި ދެ ފަރާތުގެ ބަޔާން ނަގާފައިވަނީ 16 ފެބްރުއަރީ 2017ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/448 )އިބްރާހީމް ފިރާޤް ވ. އަޙްމަދު ލުޠުފީ )ގެރެންޓީ ފައިބަރު ގްލާސް ފެބްރިކޭޝަން( ޤަޟިއްޔާގަ އ ބަޔާންކޮށްފައިވ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/01 )މަޢާނާ މުޙައްމަދާ ވ. އިބްރާހީމް މުޢިއްޒުއާއ އަދި އިތުރު ހަތަރު ފަރާތެއް( ޤަޟިއްޔާ
23ޚުލާޞާ ބަޔާނާއެކު އެ ލިޔުން ދަށު ކޯޓަށް ޒާހިދާ އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާއިރު، އެ ހެކި ހުށަހަޅަނީ ޒާހިދާ އިބްރާހީމްގެ ފަރާތުން ކޮން ކަމެއް ސާބިތުކޮށްދންކަމާއ އަދި އެ ހެކި ކުރިން ހުށަހެޅިފައިނުވާ ސަބަބެއްވެސް ޒާހިދާ އިބްރާހީމްގެ ފަރާތުން ދަށު ކޯޓުގައި ފާހަގަކޮށްފައެއްނުވެއެވެ. ޚުލާޞާ ބަޔާނަކީ މައްސަލައެއްގައި ހުށަހަޅަން ހުރި ހެކި ހުށަހަޅައި ނިމުމަށްފަހު، މުޅި މައްސަލައާ ގުޅޭ ގޮތުން ޚުލާޞާކޮށް ވާހަކަދެއކުމަށ ލިބާ ފަހު ފުރުޞަތުކަމަށްވާއިރު،ޚުލ ޞ ބަޔާން ހުށަހަޅާއިރު، އައު ހެއްކެއް ހުށަހަޅާނަމަ، އެ ހެކި ހުށަހަޅަންޖެހުނު ސަބަބު ބަޔާންކޮށްދޭންވާނެއެވެ. އެ ހެއްކަކީ އިސްވެ ބަޔާންކުރަނިވި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް ނިންމުމުގެ ތަރަހައިގެ ތެރޭ އިނ ބަލައިގަންނަންޖެހެއިސްތިސްނާ ޙާލަތެއް އޮތް ހެއްކެއްކަމަށް އ ހެކި ހުށަހަޅާ ފަރާތުން ބަޔާންކޮށްނުދޭނަމަ، ޚުލާޞާ ބަޔާނުން އެ މައްސަލައިގެ އަޑުއެހުންތަކަށް ނިމުމެއް ގެންނަންޖެހޭނެއެވެ.
24ޒާހިދު އިބްރާހީމްގެ ފަރާތުން އައު ލިޔުން ހުށަހެޅިއިރު، އެ ލިޔުން ހެކި ލސްޓާއިއެކި ހުށަނޭޅުނު ސަބަބު ބަޔާންކޮށްފައިވާކަން އެނގޭކަށްނެތެވެ. ދަށު ކޯޓަށް ހުށަހަޅާފައިވާ ޚުލާޞާ ބަޔާނަށް ބަލާއިރުވެސް، މި ލިޔުން ހުށަހަޅައި، ޚުލާޞާ ބަޔާނުގައި މި ލިޔުމަށް ޙަވާލާދީފައިވާއިރު، މި ލިޔުން އެ މަރުޙަލާގައި ހުށަހަޅަންޖެހުނު ސަބަބާއިމެދު ޒާހިދާ އިބްރާހީމްގެ ފަރާތުން ވާހަކަދައްކާފައެއްނުވެއެވެ. ޒާހިދާ އިބްރާހީމްގެ ބަދަލުގެ ގޮތުގައި ޒާހިދ އިބްރާހީމާ ޢައްޔަނު ކޮށްފައިވާ ފަރާތާއި ގުޅޭ ގޮތުން ދެވަނަ އިސްތިއުނާފީ ނުކުތާގައި ޒާހިދާ އިބްރާހީމގް ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ އެ ފަރާތުން ދަށު ކޯޓުގައި )ޚުލާޞާ ބަޔާނުގައި( ފެހަގަކުރުމަށް ފުރުޞަތު ލިބުން ކަންކަމެވް . އަދި އެކަމާ ގުޅޭ ގޮތުން ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން ޝަކުވާ ހުށަހެޅޭނެވެސ ކަންކަމެވެ. އެހެނަސް، މިކަމާ ގުޅޭ ގޮތުން ޒާހިދާ އިބްރާހީމްގެ ފަރާތުނ ވާހަކަދައްކައި، ނިޒާމުގެ ތެރެއިން އަޅަންޖެހ ފިޔަވަޅެ އަޅާފައިވާކަން އެނގޭކަށްނެތެވެ. އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެންވެސް ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ފަދައިން، ޤާނޫނާއި ޚިލާފަށް ދަށު ކޯޓުން ކޮށްފައިވާ ކަމެއް ނުވަތަ ދަށު ކޯޓުން ޤާނޫނު މާނަކުރުމުގައި ނުވަތު ޤާނނޫތަޠުބީޤުކުރުމުގައި ހަދާފައިވާ ކުށެއްގެ ސަބަބުން ޤާނޫނ ބަހުސެއް އުފެދޭކަން ޒާހިދާ އިބްރާހީމްގެ ފަރާތުން ބަޔާންކޮށްދެވިފައިވާކަމުގައި ނުދެކެމެވެ.
25އެހެންކަމުން، އިސްވެ ބަޔާންކުރަނިވި ކަންކަން އެގޮތުގެ މަތީން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރ 2310/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި މާލެ […] ޒާހިދާ އިބްރާހީމގް ފަރާތުނ ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަކަށް ނުދެކެމެވެ.
26ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
27ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
28މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ކޯޓުނު މައްސަލައިގް ޙުކުމްކުރުމަށްފަހު، އެ ޙުކުމްއިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތީ ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނު އިޖުރާއަތުގެ ޤާނޫނު )ޤާނޫ ނ ނަންބަރ 2021/32(ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ.
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 27 ވަނަ މާއްދާ ((ހ)، (ށ)، (ނ)، (ރ))
- ސުޕްރީމް ކޯޓުގެ 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް) މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު
- ސުޕްރީމް ކޯޓުގެ 2013/SC-A/20 (އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް)
- ހައިކޯޓުގެ 2016/HC-A/448 (އިބްރާހީމް ފިރާޤު ވ. އަޙްމަދު ލުޠުފީ (ގެރެންޓީ ފައިބަރ ގްލާސް ފެބްރިކޭޝަން))
- ސުޕްރީމް ކޯޓުގެ 2021/SC-A/01 (މަޢާނާ މުޙައްމަދު ވ. އިބްރާހީމް މުޢިއްޒު އަދި އިތުރު ހަތަރު ފަރާތެއް)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޙުސައިން ޝަހީދު، ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް