ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/262
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މޫސާ ޖަލީލް، 2020/HC-A/262
Prosecutor General v. Moosa Jaleel 2020/HC-A/262 (2020/HC-A/262, High Court of the Maldives, 20 January 2022)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މޫސާ ޖަލީލް
މައްސަލައިގެ ޚުލާޞާ
ފޯނުގެ ފޮރެންސިކް ތަޙުލީލުން އެފަދަ މަންޒަރު ނުފެނުމާއި، ކުއްޖާގެ ވާހަކައިގައި ތަފްޞީލު ނެތުމާއި، ކިޔައިދިނުން ތިން މަސް ލަސްވުމާއި، ހެކިންގެ ބަހުގައި ފުށުއެރުން ހުރުމުން ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ދަޢުވާ ސާބިތުނުވާކަމަށް ނިންމިއެވެ.
ކުއްޖާގެ އާއިލާއާ ގާތް މީހަކު 2018 އާއި 2019 ގެ އެކި ދުވަސްތަކުގައި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތުގައި އަތްލިކަމަށް ދަޢުވާ ކުރެވުނެވެ. މައްސަލަ ފެންމަތިވީ ކުއްޖާގެ ފޯނުގައި ބަރަހަނާ މަންޒަރު ހުރިކަމަށް އާއިލާއަށް ފެނުމުން ކުއްޖާއާ ސުވާލުކުރުމުންނެވެ.
ޕްރޮސިކިއުޝަނުން ބުނީ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގައިވާ ގިނަ ބާވަތުގެ ހެކި ލިބިފައިވާކަމަށާއި، ލަސްވުމަށް ބުރަދަން ދީފައިވަނީ 2011/HC-A/192 އާއި 47 (ޅ) ގެ މަފްހޫމާ ޚިލާފަށްކަމަށެވެ. ދިފާޢުން ބުނީ ކުއްޖާގެ ބަޔާން ނަގާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި ފޮރެންސިކް ހެކިން ވާހަކަތަކުގެ ތެދުކަމާ ސުވާލު އުފެދޭކަމަށެވެ.
މައިގަނޑު ސުވާލު
ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ދަޢުވާ ސާބިތުނުވާކަމަށް ދަށުކޯޓުން ނިންމީ، ޤާނޫނު ނަންބަރު 2009/12 ގެ 47 ވަނަ މާއްދާގައިވާ ހެކި ރަނގަޅަށް ވަޒަންނުކޮށް، ކުއްޖާ ކިޔައިދިނުން ލަސްވުމަށް ގޯސްކޮށް ބުރަދަން ދީގެންތޯ، އަދި މަތީ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފަށްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ލަސްވުމަށް ދަށުކޯޓުން ދީފައިވާ ބުރަދަނާ ހައިކޯޓު އެއްބަސްނުވި ނަމަވެސް، ފޯނުން ބަރަހަނާ މަންޒަރު ފެނުނުކަމަށް ބުނާ ވާހަކަ ފޮރެންސިކް ރިޕޯޓުން ތަކުރާރުނުވުމާއި، ކުއްޖާއާއި މަންމައާއި ބޭބެގެ ބަހުގައި ތާރީޚުތަކާއި ކަންހިނގި ގޮތާ ބެހޭ ފުށުއެރުން ހުރުމުން އެކަށީގެންވާ ޝައްކު އުފެދޭތީ ދަށުކޯޓުގެ ނިންމުމަށް ބަދަލުގެނައުމަށް ނުފެނުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނު ނަންބަރު 2009/12 ގެ 47 ވަނަ މާއްދާގައިވާ ބާވަތްތަކުގެ ތެރެއިން މަދުވެގެން ފަސް ބާވަތެއްގެ ހެކި ހުރެއްޖެނަމަ އެއީ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުކުރުމަށް ފުދޭ ހެކިކަމުގައި ބެލެވޭނެއެވެ. ފަސް ބާވަތުގެ ހެކި ނެތްނަމަވެސް ލިބިފައިވާ ހެކިތަކަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ މިންގަނޑު ފުރިހަމަވާ ހެކިކަމުގައިވާނަމަ ކުށް ސާބިތުވާކަމަށް ނިންމިދާނެއެވެ. އަދި 47 ވަނަ މާއްދާގައިވާ ބާވަތްތަކުގެ އިތުރަށް ހަރުދަނާ އެހެނިހެން ހެކިތަކާއި ޤަރީނާތަކަށްވެސް ރިޢާޔަތްކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-25، 27)
- 47 ވަނަ މާއްދާގައިވާ 12 ބާވަތުގެ ހެކިތަކަކީ އެކަތި އަނެކައްޗާ ވަކި މުސްތަޤިއްލު ހެކި ނޫން ކަމަށާއި، އެއީ ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދުކަމަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ކަށަވަރުކުރުމަށް ފަނޑިޔާރުންނަށް ބޭނުންކުރެވޭ ވަސީލަތްތައް ކަމަށާއި، ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ ހެކިބަހެއްނަމަ އެ ހެކިބަހުގެ މައްޗަށް ދަޢުވާ ސާބިތުކުރެވިދާނެކަމަށް ކޯޓުން ބަޔާންކުރިއެވެ. އެކަން ބެލުމުގައި ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވޭތޯއާއި، ޝަކުވާކުރި ފަރާތުގެ ޢަމަލުތަކާއި، ނުނިޔަތެއް އޮތްތޯ ބެލިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26، 28-29، 47)
- ކުޑަކުއްޖަކު ވާހަކަ ކިޔައިދިނުމުގައި އޭނާގެ ޢުމުރާއި ނަފްސާނީ ޙާލަތާއި ލަދުވެތިކަމުގެ ސަބަބުން ހުރެދާނެ ކުދިކުދި ފުށުއެރުންތަކުގެ ސަބަބުން އެކަނި މައްސަލަ ސާބިތުނުވާކަމަށް ނުކަނޑައެޅޭނެއެވެ. ނަމަވެސް ތުހުމަތުކުރެވޭ ފަރާތުގެ ޙައްޤު އިހުމާލުނުކުރެވޭނެތީ، ޤަބޫލުނުކުރެވޭ ވަރުގެ ފުށުއެރުން ހުރެ ނުވަތަ ކުށް ކުރީ މުއްތަހަމުކަމާމެދު އެކަށީގެންވާ ޝައްކެއް އުފެދިއްޖެނަމަ ކުށް ސާބިތުވާކަމަށް ކަނޑައެޅިގެން ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30، 48)
- 47 ވަނަ މާއްދާގެ (ޅ) އާއި (އ) ގައިވާ 'ދާދި އަވަހަށް' ނުވަތަ 'ގިނަ ދުވަސްތަކެއް ނުވަނީސް' ކިޔައިދިނުމުގެ މުއްދަތު ޤާނޫނުގައި ކަނޑައަޅާފައި ނުވާތީ، އެކަން ކަނޑައަޅަންވާނީ ކުއްޖާގެ ޢުމުރާއި ނަފްސާނީ/ޞިއްޙީ ޙާލަތާއި، ޢަމަލުގެ ޠަބީޢަތް އެނގޭ މިންވަރާއި، ތުހުމަތުކުރެވޭ ފަރާތާ ކުއްޖާއާ ދެމެދު ގުޅުން ފަދަ ކަންކަމަށް ރިޢާޔަތްކޮށް ކޮންމެ މައްސަލައެއްގެ ޙާލަތަށް ބަލައިގެންނެވެ. ލަސްވި ސަބަބަކީ ފަނޑިޔާރަށް ޤަބޫލުކުރެވޭ ސަބަބެއްނަމަ ހަމައެކަނި ލަސްވުމުގެ ސަބަބުން ކުއްޖާގެ ކިޔައިދިނުން ބަލައިނުގަނެ ދޫކޮށްނުލެވޭނެއެވެ. ޝަރީޢަތަށް ހުށަހަޅާ ހެއްކެއް ބަލައިނުގަންނާނަމަ އެއީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެކަށީގެންވާ ސަބަބަކަށް ވާންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 40)
- ތުހުމަތުކުރެވޭ ފަރާތަށް ތުހުމަތުކުރުމުން ކުއްޖާ ދިރިއުޅޭ ގެއަށް ދިއުން ހުއްޓާލުމަކީ ޢާންމު އިންސާނެއްގެ މިންގަނޑުން ވިސްނާއިރު ވާނެކަމަށް ޤަބޫލުކުރެވޭ ކަމެއްކަމުން، އެކަމުގެ މައްޗަށް އެކަނި ބިނާކޮށް ކުށެއް ކުރެވުނުކަމަށް ބެލެވިދާނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 45)
- ކުއްޖާގެ ކިޔައިދިނުމަކީ އެ ކިޔައިދިނުމުގައިވާ ފުށުއެރުންތަކާއި، ކިޔައިދިން މީހުންގެ ބަހާއި، ލިބިފައިވާ އެހެން ހެކިތައް ވަޒަންނުކޮށް ހަމައެކަނި އެ ކިޔައިދިނުމުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެ ކަމެއް ނޫނެވެ. މައްސަލަ ފެންމަތިވިކަމަށް ބުނާ ހެކި (ފޯނުގައި ހުރިކަމަށް ބުނާ ފޮޓޯ/ވީޑިއޯ) ފޮރެންސިކް ތަޙުލީލުން ނުފެނި، ކުއްޖާއާއި ކިޔައިދިން ފަރާތްތަކުގެ ބަހުގައި ބޮޑެތި ފުށުއެރުން ހުރުމުން އެކަށީގެންވާ ޝައްކު އުފެދޭތީ ސާބިތުނުވާކަމަށް ކުރި ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 43، 49، 51-53)
1މިއީ، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 67/O8C/2019 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓށަ ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފ ރައްދުވު ފަރާތަކީ ލ. ފޮނަދޫ / ދެރިޔާ، މޫސާ ޖަމީލް )އައި.ޑީ.ކާޑް ނަންބަރ ( އެވެ. މައްސަލާގައި ކަންހިނގާފައިވާ ގޮތް:
2މޫސާ ޖަމީލަކީ މި މައްސަލާގައި އަނިޔާ ލިބުނު ކުޑަ އަންހެން ކުއްޖް )މި ރިޕޯޓުގައި މީގެފަހުން "ކުއްޖާ/ކުޑަކުއްޖާ" މިގޮތަށް ލިޔެފައިވާ( ގެބައްޕަގެ ތިމާގެ ކަމުގައި ކުއްޖާ ދިރިއުޅޭ ގެއަށް ގޮސް އުޅޭ މީހެކެވެ. އެ ގޮތަށް ގޮސް އުޅުމުގައި މޫސާ ޖަމީލު ކުއްޖާ އާއެކު ފޯނުން އެއްޗެހި ބަލަން ތިބެއެވެ. ކުއްޖާ ގެންގުޅޭ ފޯނނާ)ކުއްޖާ އަށް ކުއްޖާ މަންމަ ދީފައި އޮންނަ ފޯނެއް( އޮރިޔާން މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ބަލާފައި ހުރިތަން ކުއްޖާގެ މަންމައާއި ކުއްޖާގެ ބޭބެއަކަށް ފެނިގެން އެކަން ކުއްޖާގެ މަންމަގެ ސަމާލުކަމަށް އައިސްގެން ކުއްޖާއާއި ސުވާލުކުރުމުން، 2018 ވަނަ އަހަރުގެ އެކިދުވަސްތަކުގައާއ 2019 ވަނަ އަހަރުގެ އެޕްރީލް މަސް ތެރޭގައި މޫސާ ޖަމީލް ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ކުއްޖާ ބުނެފައިވާ ކަމަށް ބުނެ އެކަމުގެ ޝަކުވާ މިނިސްޓްރީ އޮފް ޖެންޑަރ އަށް ކުއްޖާގެ މަންމަ ހުށަހެޅިއެވެ. މިކުއްޖާގެ އުފަން ތާރީޚަކީ 08 ނޮވެންބަރު 2008 އެވެ.
3މި މައްސަލައާއި ގުޅިގެން ކުއްޖާ އަށް އަނިޔާއެއް ވެފައިވޭތޯ ބެލުމަށް 22 ޖުލައި 2019 ގައި ކުއްޖާ ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ދައްކައި ކުއްޖާ މެޑިކޯ ލީގަލް ރިޕޯޓް އެ ހޮސްޕިޓަލުން ތައްޔާރުކޮށްފައިވެއެވެ.
423 ޖުލައި 2019 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުއްޖާއާ އިންޓަރާ ވިއު ކޮށް ކުއްޖު ގ ބަޔާން ނެގިއެވެ. އެ ބަޔާނުގައި މޫސާ ޖަމީލު 2018 ވަނަ އަހަރުގެ އެކި ދުވަސްމަތިންނާއި 2019 ވަނަ އަހަރުގެ އޭޕްރީލް މަސްތެރޭގައި، ކުއްޖާގެ މޭމަތީގައާއި، ކުރިމަތި ފަރާތުގައި އަދި ހަށިގަނޑުގެ އެކި ތަންތަނުގައި އަތްލާ ކަމަށާއި، ކުއްޖާގެ ކުރިމަތި ފަރާތަށް މޫސާ ޖަމީލުގެ ކަނާއަތުގެ ޝަ ހާދަތަ އިނގިލި ތިންފަހަރު ކޮށްޕާފާ އިވާކަމަށާއި އެކަމުގެ ސަބަބުނ ކުއްޖްގެ ކުރިމަތި ފަރާތުން ލޭއައުމާއ ގުޅިގެން ހުންއައިސް، ހޮޑުލެވި ބޮލަށް ތަދުވެ ގައިގެ ވަރުނެތި ބަލިވުމުން ޑޮކްޓަރަށްވެސާދެއްކި ކަމަށާއި އަދި ކުއްޖއ މެދު ކަންތައް ހިނގިގޮތްކުއްޖާގެ މަންމައަށް ކިޔައިދިންކަމަށް މި ބަޔާނުގައި ކުއްޖާ ބުނެފައިވެއެވެ.
5މިމައްސަލައާއި ގުޅިގެން 2019 ޖުލައި 24 ވަނަ ދުވަހުގެ 18:30ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް މޫސާ ޖަމީލް ގެނެވުނެވެ.
6ބުނެވުނު ޙް ދިސާއާ ގުޅިގެނ މޫސާ ޖަމީލުގެ މައްޗަށް ދެ ދަޢުވާއެއް 22 އޮގަސްޓް 2019 ގައި ދައުލަތުން އުފުލިއެވެ. އެގޮތުން ހުށަހަޅާފައިވަނީ ؛
6.1. ފުރަތަމަ ދަޢުވާއަކީ، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު(ގ 3 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެ މާއްދާގެ )ނ( ގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ނަންބަރު : 1244/2019/O/1 ރެފަރެންސް ފޯމާއި ޙަވާލާދީ 22 އޮގަސްޓް 2019 ގައި ދައުލަތުން ހުށަހޅެ "ދަޢުވާ ހުށަހަޅާ ފޯމް". މި ދަޢުވާ އުފުލާފައިވަނީ 2018 ވަނަ އަހަރުގެ އެކި ދުވަސްމަތިންނާއި، 2019 ވަނަ އަހަރުގެ އެޕްރް ލ މަހުގެ ދުވަހެއްގައި ކުއްޖާގެ މޭމަތީގައާއި، ކުރިމަތިފަރާތުގައި އަދި ހަށިގަނޑުގެ އެކި ތަންތަނުގައި މޫސާ ޖަމީލު އަތްލާ، ކުއްޖާގެ ކުރިމަތިފަރާތަށް މޫސާ ޖަމީލުގެ ކަނާއަތު ޝަހާދަތ އިނގިލި ކޮށްޕާ ޖިންސީ ނިޔަތެއް އޮވެގެން ކުއްޖާގެ ހަށިގަނޑުގައި އަތްލާފައިވާތީއވެ.
6.2. ދެވަނަ ދަޢުވާއަކީ، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( ގ 6 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެމާއްދާގެ )ށ( ގެ ދަށުން މީހަކު، ޖިންސީ ޢަމަލެއް ހިންގަމަ ނ ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑު ކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ ޢަމަލެއް ހިންގާ އަޑްކުޑާކުއޖަކަށް އިއްވުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާ އުފުލި ސަބަބަކީ، 2018 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ޖުލައި މަހާއި ހަމައަށް އެކިއެކި ދުވަސްތަކުގައި، ކުއްޖާ ދިރިއުޅޭގެއަށް ގޮސް ކުއްޖި އަށް މީނާގެ ފޯނުންނާއި، ކުއްޖާގެ ފޯނަށް ކްރޮމް އެޕްލިކޭޝަން އަޅައިދީ، ކްރޮމް އާއި ގޫގަލްގައ ލިޔެގެން، ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ދައްކާފައިވާތީ އެވެ.
7މި ބަޔާންކުރެވުނު ދަޢުވާތކުގަ ތެރެއިން، ޖިންސީ ޢަމަލެއް ހިންގަމުންގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑު ކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ ޢަމަލެއް ހިންގާ އަޑިކުޑު ކުއްޖަކަށް އިއްވުމުގެ ކުށުގެ ދަޢުވާ މޫސާ ޖަމީލުގެ މައްޗަށް ސާބާތ ނވު ކަމަށް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 68/O8C/2019 ޤަޟިއްޔާގައ ކަނޑައަޅާފައިވެއެވެ.
8މޫސާ ޖަމީލުގެ މައްޗަށް ހުށަހެޅި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ ބިނާކޮށްފައިވަނީ އަންނަނިވި ހެކި ތަކުގެ މައްޗަށެވެ. ؛
8.1 ކުއްޖާގެ މަންމަ: )މޫސާ ޖަމީލު 2018 ވަނަ އަހަރުގެ އެކި ދުވަސްމަތިންނާއި 2019 ވަނަ އަހަރުގެ އޭޕްރީލް މަސްތެރޭގައި، ކުއްޖާގަ މޭމަތީގައާއި، ކުރިމަތި ފަރާތުގައި އަދި ހަށިގަނޑުގެ އެކި ތަންތަނުގައި، އތްލައ، ކުއްޖާގެ ކުރިމަތި ފަރާތަށް މޫސާ ޖަމީލުގެ ކަނާއަތުގެ ޝަހާދަތް އިނގިލަކޮށްޕިފާ އިވާކަމާއެ،އެކަމުގެ ސަބަބުން ކުއްޖާގް ކުރިމަތި ފަރާތުން ލޭއައިސްފައިވާ ކަމާއި އަދި މިކަންކަމާ ގުޅިގެނި ކުއްޖިހުންއައިސް، ހޮޑުލެވި ބޮލަށް ތަދުވެ ގައިގެ ވަރުނެތ ބަލިވި ކަމާއް،ކުއްޖާއާ މެދު ކަންވީގޮތް މީނާއަށް ކުއްޖާ ކިޔާދީފައިވާކަން ސާބިތުކުރުމަށް.(
8.2 ކުއްޖާގެ ބައްޕަ: ) ކުއްޖާއާ މެދު މޫސާ ޖަމީލު ޖިންސީ ޢަމަލު ހިންގާފާއިވާ ކަމުގެ މަޢުލޫމާތަ ކުއްޖާ އޭނާގެ މަންމައަށް ކިޔައިދިނުމުން ކުއްޖާގެ މަންމަ މީނާއަށް އެވާހަކަތައް ކިޔާދިންކަން ސާބިތުކުރުމަށް.(
8.3 ކުއްޖާ : )މޫސާ ޖަމީލު 2018 ވަނަ އަހަރުގެ އެކި ދުވަސްމަތިންނާއި 2019 ވަނަ އަހަރުގެ އޭޕްރީލް މަސްތެރޭގައި، ކުއްޖާގިމޭމަތީގައާއި، ކުރިމަތި ފަރާތުގައި އަދި ހަށިގަނޑުގެ އެކި ތަންތަނުގައި، މޫސާ ޖަމީލު އަތްލައަ،ކުއްޖެ ގ ކުރިމަތި ފަރާތަށް މޫސާ ޖަމީލުގެ ކަނާއަތުގ ޝަހާދަތް އިނގިލި ކޮށްޕާފާ އިވާކަމާއި އެކަމުގެ ސަބަބުނ ކުއްޖް ގ ކުރިމަތި ފަރާތުނ ލޭއައިސްފައިވާ ކަމާއި އަދި މިކަންކަމާ ގުޅިގެނ ކުއްޖާ ހުންއައިސް، ހޮޑުލެވި، ބޮލަށް ތަދުވެ ގައިގާ ވަރުނެތި ބަލާވި ކަމާއި، ކުއްޖާއާ މެދު ކަން ހިނގިގޮތް ކުއްޖާގެ މަންމައަށް ކިޔާދީފައިވާކަނ ސާބިތުކުރުމަށް.( "ދަޢުވާ ހުށަހަޅާ ފޯމް" ގެ ޖަދުވަލު 2 ގައި. އަދި މިބަޔާންކުރެވުނު ހެކިތައް ދައުލަތުން ޝަރީޢަތު ގައި ހާމަކޮށް ހެކިންގެ ހެކިބަސް ޝަރީޢަތުން ހޯދާފައިވެއެވެ.
8.4 ކުއްޖާގެ ބޭބެ )16އ.(: )މޫސާ ޖަމީލު ލ. ފޮނަދޫ ގައި ކުއްޖާ ދިރިއުޅޯގެއަށް ގޮސް އުޅޭ ކަމާއި، އެގޭ ޖ ލިފަތީގައާއި ގޭގެތެރޭގައި މޫސާ ޖަމީލުއާ ކުއްޖާ ވާހަކަ ދައްކަން ތިބޭ މަންޒަރު ފެންނަކަމާއ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅުގެ ދުވަހެއްގައި މޫސާ ޖަމީލު، ކުއްޖާ ގެންގުޅޭ ފޯނުން ކުއްޖާއަށް ކޮންމެވެސް އެއްޗެއް ބަލާނެގޮތް ކިޔައިދޭން އިންދާ ފެނުނު ކަމަށާއި، 2019 ވަނަ އަހަރުގެ ޖުލައި މަސްތެރޭގައި ކުއްޖާގެ ފޯނު މީނާ އަތުލައި ކްރޮމީ އެޕްލިކޭޝަންގެ ހިސްޓްރުބެލިއިރު ބަރަހަނާ ސިއިޓް ތަކަށް ވަދެފަހުރިކަން އެނގުނު ކަމާއި، ކުއްޖާއާ މެދު މޫސާ ޖަމީލާޖިންސީ ޢަމަލު ހިންގާފައިވާ ކަމުގެ މަޢުލޫމާތު ކުއްޖާ އޭނާގެ މަންމައަށް ކިޔައިދިން ކަމާއި، އަދި އެވާހަކަތައް ދެކެވެން ފެށުމުން މޫސް ޖަމީލު އެގެއަށް ނާންނަކަނ ފާހގަކުރެވިފައިވާކަން ސާބިތުކުރުމަށް.(
8.5 ގަން ރީޖަނަލް ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ މެޑިކޯ ލީގަލް ރިޕޯޓް ތައްޔާރު ކުރި ސަބީނާ އަޗަރރިޔާ.
8.6 މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ތައްޔާރުކޮށްފައިވާ ކުއްޖާގެ ޙާލަތު އަންގައިދޭ ރިޕޯޓު ތައްޔާރުކުރިފަރާތް.
8.7 މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ތައްޔާރުކޮށްފައިވާ ކުއްޖާގެ ޙާލަތު އަންގައިދޭ ރިޕޯޓު.
8.8 ގަން ރީޖަނަލް ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ މެޑިކޯ ލީގަލް ރިޕޯޓް.
8.9 ކުއްޖާ މައްސަލައިގެ ތަޙްޤީޤަށް ދީފައިވާ ބަޔާނާއި ބަޔާނުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ.
8.10 ކުއްޖާގެ ބޭބެ )16އ.( ތަޙްޤީޤަށް ދީފައިވާ ބަޔާން.
9މޫސާ ޖަމލުގީ މައްޗަށް ދައުލަތުން އުފުލާފައިވާ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާއާ ގުޅޭ މައްސަލަ ބަލާފައިވަނީ އިސްތިއުނާފު ކުރެވިފައި މިވާ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 67/O8C/2019 ޤަޟިއްޔާ ގައެވެ. ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމި ގޮތް
10މިމައްސަލާގައި އިސްތިއުނާފު ކުރެވޭ ނަންބަރު 67/O8C/2019 ޤަޟިއްޔާ ގައި ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމީ، ލ. ފޮނަދޫ ދެރިޔާ މޫސާ ޖަމީލުގެ މައްޗަށް ޤާނޫނު ނަންބަރ 2009/12 )ކުޑަކުދިންނަށް ޖިންސީ ގޫނާކުރާ މ ހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( ގ 3 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެމާއްދާގެ )ނ( ގެ ދަށުން ކޮށްފައިވާ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( ގ 47 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ( ގައި ބަޔާން ކުރާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުނުވާކަމަށެވެ.
11އެ ނިންމުން ބިނާކުރި ސަބަބުތައް ކަމަށް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 67/O8C/2019 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ؛
11.1 ކުއްޖާގެ އަތުގައި އޮންނަ ފޯނުން އޮރިޔާން މަންޒަރު ދ އްކުވައިދަ ފޮޓޯ އާއި ވީޑިއޯ ފ ނުނ ކަމަށާއި އިންޓަރނެޓް މެދުވެރިކޮށް އެފަދަ ފޮޓޯ އާއި ވީޑިއޯ އެފޯނުން ބަލާފައިވަނިކޮށް ފެނުނު ކަމަށާއި، ފޯނު ބެލުމުން އެކަން އެނގޭނެ ކަމަށް ކުއްޖާގެ މަންމަ ބުނޯ ބުނުމާއި އެފޯނުން އެފަދަ ފޮޓޯ އާއި ވީޑިއޯ ފެނުނު ކަމަށް ކުއްޖާގެ ބޭބެ ބުނެފައިވާ ބުނުމާއި އަދި އެފް ނުން އެފަދަ މަންޒަރު ދެއްކި ކަމަށް ކުއްޖާ ބުނިނަމަވެސް ކުއްޖާ ގެންގުޅުނު ފޯނުގެ މޯބައިލް ފޮރެންސިކް ރިޕޯޓު ގައި އެ މޮބައިލް ފޯނު ތަޙްލީލު ކުރުމުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އަދ ވީޑިއޯ ފެނިފައިނުވާ ކަމަށް ބުނެފައިވާތީ މިމައްސަލައިގެ މުޅި ހާދިސާފެށިގެން އައި އައުމުގެ މައްޗަށް މިފަރާތްތަކުން ބުނާ ބުނުމަކީ ޙަޤީޤަތެއގ މައްޗަށް ބުނާ ބުނުމެއް ކަމާއީމެދި ޝަރީޢަތަށް ވަރަށް ބޮޑަށް ސުވާލު އުފެދޭތި،ހަމަ މިހާދިސާގެ މައްޗަށް ބިނާކޮށް ދަޢުވާ އުފުލާފައިވާ މި މައްސަލާގައި ކަން ހިނގާދިޔަ ގޮތްކަމަށް މާ ފަރާތްތިކުނަ ކިޔައިދީފައިވާ ވާހަކަތަކަކީ އެވާހަކަތަކުގެ ތެދުކަމާއިމެދު ސުވާލު އުފެދޭ ދާނެ ފަދަ ކަންތައްތަކެއްކަމަށް؛
11.2 ކުއްޖާގެ ހެކި ބަހަކީ އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭހަޤީޤަތެއްތޯ ޝަރީޢަތުން ބެލިއިރު، ކުއްޖާ ކިޔައިދޭ ވާހަކަތަކުގައި ތެދުބަހުން ވާހަކައެއު ކިޔައިދޭ މީހަކު ކިޔިއިދޭނެ ފަދަ ތަފްޞީލު ނެތްކަމާއްމިގޮތުން މިނުކުތާގައި ދަށުކޯޓުން ފާހަގަކޮށްފައިވަނީ ކުއްޖއަށާ ހަމަލާދިނީ ކޮން ދިމާލަކުން ކަމަށާއި ކުއްޖާ ލައިގެން ހުރި އެއްޗަކާއި ލައިގެންހުރި އެތި ބޭލުވި ކަމެއް ނުވަތަ ނޫންކަމެއެ،މޫސާ ޖަމީލު ލައިގެން ހުރި އެއްޗެހީގު ތަފްޞީލާއި ކުރި ކަންކަން ވަކިވަކިންނާއ ކުއްޖާއާމެދު ޖިންސީ ގޯނާކުރުމުގައި ހޭދަވި ވަގުތު ފަދަ ތަފްސީލު ނެތްކަމަށް؛
11.3 މޫސާ ޖަމީލުގެއަތުގައި އޮތް ފޯނުންނާއި ކުއްޖާ ގެންގުޅުނު ފޯނުން ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ދެއްކުން އެއާ ކުއްޖާއަށް ޖިންސީ އަނިޔާ ކ ރުމަށްޓަކައި މޫސު ޖަމީލު ތައްޔާރުވުމަށްޓަކައ ކުރިކަމެއްގެ ގޮތުގައި ބެލެވިދާނެކަމެއް ކަމަށްވީނަމަވެސް، ކުއްޖާގެ އަތުގައި އޮތް ފޯނުންވެސް އަދި މޫސާ ޖަމީލުގެ އަތުގައި އޮތް ފޯނުންވެސް ކުއްޖާއަށް އެފަދަ މަންޒަރެއް ދައްކުވަނިކޮށް ފެނުނު އެއްވެސް ފަރާތެއް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިނުވާއިރު، ކުއްޖާ ގެންގުޅުނުފޯނުގެ ފޮރެންސިކް ތަޙްލީލް ހެދުމުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ އެފޯނުނ ފެނިފައިނުވާ ކަމަށ އެފޯނުގެ މޯބއިލަ ފޮރެންސިކް ރިޕޯޓުގައި ބަޔާންކޮށްފައިވާތީ ޖިންސީ ގުޅުމަށް ކުއްޖާ ދޯޅުކޮށް ފައްކާކުރުމަށް ކުރިކަމެއް ކަމަށް ބެލެވެން ހުރި ކަންކަމަށް ޝައްކުތައް އުފެދިފައިވާކަމަށ؛
11.4 މޫސާ ޖަމަލީ ކ ކުއްޖާއާ ތިމާގެ މީހް ކ ށ ވާތީ ކުއްޖާ އުޅޭ ގެއަށް ދިޔަނަމަވެސް އޭގޭގެ އެއްވެސ މީހަކަށް ކުއްޖާގެ ގައިގައި މޫސާ ޖަމީލު އަތްލި މަންޒަރު ފެނިފައި ނުވާކަމަށާއި،އަދި މޫސާ ޖަމީލު ކުއްޖާގެ ކުރެ މަތި ފަރާތަށް އިނގިލި ކޮށްޕުމުން ކުއްޖާ ހުންއައިސް ހޮޑުލެވި ބޮލާ ށ ތަދުވ ބަލިވެގެން ކުއްޖގްމަންމަ ކުއްޖާ ޑޮކްޓަރަށްދެއްކި ކަމަށް ބުނިނަމަވެސް އެ ކަން އެނގޭނެ ލިޔުމެއް ހުށަހަޅާފައި ނުވާކަމަށް؛
11.5 ކުއްޖާގެ ކުރިމަތިފަރާތަށް މޫސާ ޖަމީލު އިނގިލި ކޮއްޕުމުން ލޭއައިކަމަށާއި، ލޭ އައިވާހަކަ މަންމަ ކައިރީގައި ބުނިކަމަށާއި ލޭއައީ ކުއްޖާގެ ކުރިމަތި ފަރާތަށް މޫސާ ޖަމީލް އިނގިލި ކޮއްޕުމުނ ކަމަށެ ކުއްޖާގް މަންމަ ކައިރީގައި ބުނަން އުޅެފަ ނުބުނެވުނީ ހަނދާން ނެތިގެން ކަމަށާކުއްޖާގެ ބަޔާނުގައި ކުއްޖާ ބުނެފައިވާއިރު،ކުއްޖާގެ މަންމައާއި ކުއްޖާއާ ދެމެދު އޮންނަނީ ވަރަށް ގާތްގުޅުމެއްކަމަށް ކުއްޖާގެ މަންމަ ޖެންޑަރ އަށް ކިޔައިދީފައިވާ އިރް،މަންމައާއި އެފަދަ ގާތް ގުޅުމެއް އޮންނަ އަންހެންދަރިޔަކު އަދި އެޢުމުރުގެ ކުއްޖަކަށްއެފަދަ ކަމެއް ދިމާވުމުން ހަނދާން ނެތިގެން މަންމަ އަށް ކިޔައިނުދީ ހުރެފާނެ ކަމަށް ނުބެލޭވޭކަމަށ؛
11.6 ކުއްޖާގެ މަންމަގެ ބަޔާނުގައި ކުއްޖާ މަންމަ އެވާހަކަތައް ކިޔައިދިންއިރު ކުއްޖާ ވަރަށް ބޮޑަށް ރޮއި ހެދިކަމަށް ބުނެފައިވީނަމަވެސް ކުއްޖާގެ އިންޓޯ ރ ވިއުގެ އޯޑިއުވީޑިއޯ ރެކޯޑިންގ އަށް ބަލާއިރު، އެފަދަ ކަމެއް ކުއްޖާގެ މޫނު މަތިން ފެންނަން ނެތްކަމަށާއި، ކުއްޖާ އެވާހަކަތައް ކިޔައިދިނުމުގައި ސަމާސާ ގޮތެއްގައި ހެވިފައި ކަހަލަ ގޮތަކަށް އިނދަމްވާހަކތައާ ކިޔައި ދީފައިވާ ކަމަށް ފާހަގަވާކަމަށާއި،ޙާ ދިސ ހިނގިގޮތް ކިޔައިދިންއިރު އެ ޢުމުރުގެ ކުއްޖަކު އެފަދަ ޙދިސާއެއް ހިނގުމުން ކިޔައިދޭއިރު ހުންނަންވާނެ ފަދަ ޖެހިލުން ވުމެއް ހާސްކަމެއ ކުއްޖާގެ ކިބައިންފު ންނަން ނެތުމުން އެއީ ހަމަ ހަޤީޤެތުގައިވެސް ހިނގާފައިވާ ކަމެއް ކަމަށް ޝައްކު އުފެދޭ ކަމަށ؛
11.7 ކުއްޖާ މިވާހަކަތައް ކިޔައިދީފައިވަނީ އެންމެ ފަހުން މިފަދަ ޙް ދިސާއެއް ކުއްޖާއާ މެދު ހިނގި ތާރީޚގ )2019 އ ޕްރީލް މަހުގެ ދުވަހެއްގައި( ގާތް ގަނޑަކަށ 03 މަސް ދުވަސް ފަހުން ކަމަށް ވާއިރު ޤާނޫނު ނަންބަރ 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( ގ 47 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، ޙެ ދިސާ ހިނގިކަމަށް ކުއްޖާ ބުނާދުވަސް ވަރާއި، ކުއްޖާ މިވާހަކަތައް ކިޔައިދީފައިވާ މުއްދަތާއި އަޅާކިޔާއިރު، އެ މުއްދަތަކީ ޤާނޫނުގެ 47 ވަނަ މާއްދާގެ)ޅ( އަދި )އ( ގައި ބުނާ ފަދައިނ ޙް ދިސާ ހިނގި ވަގުތާއި އެ ވާހަކަ ކިޔައިދިން ވަގުތާ ދެމެދު މާދިގު މުއްދަތެއް ފާއިތުނުވަނީސް ކިޔައިދިން ކިޔައިދިނުމެއް ކަމަށް ބެލެވެން ނެތްކަމަށާއި އެ މުއްދަތަށް ބަލާއިރު މި ވާހަކަތައް އެހެން ގޮތަކަށް ބަދަލުކޮށްގެން ދެއްކުމުގެ ފުރުޞަތު އޮތްކަމަށް ބެލެވިދާނެ ކަމަށ؛
11.8 ޙާދިސާ ހިނގިކަމަށް ބުނީ ދުވަސްވަރް ކުއްޖާ އުޅޭގެއަށްމޫސާ ޖަމީލާއި އިތުރު ބައެއް މީހުން ދާކަން އެނގޭކަމަށް؛
11.9 މެޑިކޯ ލީގަލް ރިޕޯޓުގައި ހެކީގެ ގޮތުގައި ބެލެވިދާނެކަމަށް ދައުލާތުނަ ފާހަގަކުރި ކަންކަމަކީ މޙި ދިސާއާ ގުޅިގެން ހިނގާފައިވާ ކަންކަންނޫންގޮތަކަށް ހިނގާފައިވާ ކަންތައްތައްކަމުގައ ބެލުމުގެ ފުރުޞަތު އޮތްކަމަށް؛
11.10 އަދި މޫސާ ޖަމީލުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިނުވާކަމަށް މިރިޕޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާ:
12ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 67/O8C/2019 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށ އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާފައިވެއެވެ.
12.1 ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 67/O8C/2019 ޤަޟިއްޔާއިން މޫސާ ޖަމީލުގެ މައްޗަށް ކޮށްފައިވާ ކުޑަކުއްޖެއްގެ ހަށިގަނޑުގްއި ޖިންސީ ނިޔަތެއް އޮވެގެން ޤަޞަދުގައި އަތްލުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާއަށް ފުރިހަމައަށް ރިޢާޔަތްނުކޮށް، ޤާނޫނު ނަންބަރ 2009/12 )ކުޑަކުދިންނަށް ޖިނޫސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސލުތަކަކަށ ޢަމަލުކުރުމުގެ ޤާނޫނު( ގެ 47 ވަނަ މާއްދާއާއި، ދިވެހެ ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ( އާއި، 143 ވަނަ މާއްދާ ގެ )ރ( ގައި ބަޔާންކުރާ އުސޫލަށް ރ ޢާޔަތް ނުކޮށް މައްސަލަ ނިންމާފައިވކަމަށް ބުނީ ހުށަހެޅި ނުކުތާ އެވެ.
13އިސްވެ ބަޔާންކުރެވުނު ނުކުތާއާ ގުޅޭ ގޮތުން ތަފި ސލުގައި ދައުލަތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ؛
13.1 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ގާނޫނުގެ ދަށުން ހުށަހެޅޭ މައްސަލަތަކުގައި ހެކި ވަޒަންކުރުމާއި ހެކިތައް ބަލައިގަތުމުގައި ޢަމަލުކުރަންވާގޮތް އެ ޤާނނުގ 47 ވަނަ މާއްދާއާއި އެ ގާނޫނުގެ 2 ވަނަމާއްދާއާ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރު 77/SC-A/2019 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަމަށާއި، އިސްވެބުނެވުނު ޤަޟިއްޔާއަށް ބަލާއިރު ކުއްޖާ ދައްކާފައި ހުންނަ ވާހަކަތައް އެއް އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ކަށަވަރުކުރުން އެއީ އޭގައި ހެކި ވަޒަންކުރުމުގައި ބަލަންޖެހޭނެ މިންގަޑެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމަށެވެ. ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދު ހެކިބަހެއް ނުވަތަ ނޫންކަން ދެނެގަތުމަށެކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ވަޞީލަތްތައް ކޮރޮބަރޭޓިވް ހެކީގެ ގިތުގއ ބޭނުންކުރެވިދާނެކަމަށާއި، މިގޮތުން ބަލާއިރު، މި މައްސަލާ ގައި ކުއްޖާ ތަޙުޤީގަށް ދީފައިވާ ބަޔާނާއި އެ ބަޔާނުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ އާއި ކުއްޖާގެ މަންމަ އާއިބައްޕަ އަދި ކުއްޖާގެ ބޭބެ އާއި މިމައްސަލާގައ އަނިޔާ ލިބުނު ކުއްޖާގެ އެސެސްމެންޓް ރިޕޯޓް ތައްޔާރުކުރި އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯރކަރ ހެކިންގެ ގޮތުގެ އ ހުށަހަޅާފައިވާއިރު، އިހެކިންގެ ހެކިބަހަށް ބަލާއިރު މިމައްސަލާގައާއަނިޔާ ލިބުނު ކުއްޖާ މައްސަލާގެ ތަޙުޤް ގުގައި ފާހަގަކޮށްފައިވާ ފަދައިން މޫސީ ޖަމީލް ކުއްޖާ ދިރިއުޅޭ ގެއަށް އެކިވަގުތު ތަކުގައި އަންނަކަމާ އޭގެތެރެއިން ބައެއް ވަގުތުތަކުގައި ކުއްޖާއާ މެދޭ ކުއްޖާ ބުނާފަދަ ޢަމަލެއް ހިންގުމުގެ ފުރުޞަތު ލިބނޭ ކަމަށް ދައުލަތުން ޤަބޫލަކުރާ ކަމަށެވެ. އަދި ކުއްޖާއާ މެދު އެފަދު ޢް މަލެއް ހިންގިކަމަށް ކުއްޖާ ބުނީ ތަންތަނުގައި މޫސާ ޖަމީލް އިންދާ ހެކިންނަށް ފެނިފައިވުމާ ކުއްޖާއަށް މޫސާ ޖަމީލް ފޯނުން އެކި އެއްޗެހި ދައްކާ ކަން ހެކިބަހުން އެނގެން އޮންނަ ކަމަށާއި، ކުއްޖާ ބުނާފަދައިން އޮރިޔާން މަންޒަރު ދައްކުވައިދޭ އެއްޗެހި ދެއްކުމުގެ ފުރުޞެ ތ އޮންނާނެކަން ހެކިންގެ ހެކިބަހުން އެނގޭއިރު ކުއްޖާ ގެންގުޅުނު ފޯނުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ފެނުމާ ހެކިންގެ ހެކިބަހ ގުޅުވާލެވޭކަމަށެވެ. މައްސަލގައާ ބަޔާންކުރާ ޙަދިސާ ހިނގިކަން ކުއްޖާގެ ފަރާތުނ އެނގިގެން ކުއްޖާގެ މަންމަ މޫސާ ޖަމީލަށް ގުޅް އ އެވާހަކަ ދެއްކުމުން މޫސާ ޖަމީލް ސޮރީއ އެއްފަހަރަށް މާފު ކުރާށޭ ބުނުމުން އެފަދަ ކަމެއް ހިނގާފައިވާކަމަށް ބެލެވޭކަމާ އެފަދައިން ޢަމަލުކުރިކަމަށް މޫސާ ޖަމީލުގެ ފަރާތުން ތަޙުޤީޤުގައާ މައްސަލައިގެ ޝަރީޢަތުގައިވެސް އިންކާރު ކޮށްފައިނުވާތީ އެކަމަކީ ހަޤަގަތުގއިވެސް ހިނގާފައިވާ ކަމެއްކަމަށިބެލެވޭކަމަށެވެ. މިމައްސަލާގައ ޙާދިސާ ހިނގިއިރު މޫސާ ޖަމީލް ގެންގުޅުނު ފޯނު ކުއްލިޔަކަށް ގެއްލުނުކަމަށް ބުނެ މޫސާ ޖަމީލުގެ ފަރާތުން ތަޙުޤީޤުގައި ފާހަގަކޮށްފައިވާތީ،މޫސާ ޖަމީލުގެ މައްޗަށް ކުރެވޭ ތުހުމަތު އިތުރަށް ބޮޑުވެގެންދކަމާ މ ޙާދިސާ ފެންމަތިވުމާ ހަމައަށް ދުވާލުގެ އެކިވަގުތ ތަކުގައި ކުއްޖާ ދިރިއުޅޭ ގެއަށް އައިސް އައިސް ހުރި މީހަކު ކުއްލިޔަކަށް އެގެއަށް އައުން ހުއްޓާލުމުން މޫސާ ޖަމީލުގެ ޢަމަލުން މޫސާ ޖަމީލަށް ކުށެއް ކުރެވުނުކަމަށް ޤަބޫލުކުރެވުނު ކަމަށް ބެލެވޭކަމާ އެކަމާ ކުއްޖާގެ މަންމަގެ ގާތު މާފަށް އެދުމާ ގުޅުވާލެވޭ ކަމުގައެވެ. މިކަންކަމާ ގުޅިގެން ކުއްޖާގެ ބަޔާނުގައި އަދި ކުއްޖާ ޖެންޑަރއަށް ކިޔައިދިން ކިޔައިދިނުމާ އަދި ކުއްޖާ ފުލުހުންގެ ތަޙުޤީޤުގައި ކިޔައިދިން ކިޔައިދިނުމާ ގުޅުވާލެވޭތީ މި ޙާދިސާއަކީ ހިނގާފައިވާ އަދ ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމަކީ ހަޤީޤަތެއްގެ މައްޗަށް ކިޔައިދީފައިވާ ކިޔައިދިނުމެއްކަމަށ ދައުލަތުން ގަބޫލުކުރާ ކަމަށެވެ.
13.2 ޝަރީޢަތަށް ހުށަހަޅާ ހެކިންގެ ތެރެއިން ޝަރީޢަތަށްއެހެއްކއްބަލައިގަނެވެން ނެތްކަމަށް ފަނޑިޔާރުން ނިންމާސަބަބަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެކަށީގެންވާ ސަބަބެއްކަމަށް ވާންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 192/HC-A/2011 ޤަޟިއްޔާގައި ބަޔާންކޮށްފައިވާއިރު، މިމައްސަލައިގ ޙެދިސާ ހިނގިގޮތް ކުއްޖާގެ މަންމަ އާއި މިމައަސަލިގީއި ކުއްޖާގެ އޖްތިމާޢި ޙާލަތު ބަޔާންކުރާ އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރި މިނިސްޓްރީ އޮފް ޖެންޑަރގެ އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯރކަރ ޚަދީޖާ ރައުފ ޢަބްދުއްރަޙީމަށް ކިޔައިދިން ކިޔައިދިނުމަކީ ގާނޫނު ނަންބަރ 12/2009 ގެ 47 ވަނަ މާއްދާގެ )ޅ( ގައި ބަޔާންކުރާފަދައިނެ"އެކަމއް ހިންގުމާމެދު ގިނަ ދުވަސްތަކެއް ނުވަނީސް " ކިޔައިދީފައިވާ ކިޔައިދިނުމެއް ނޫންކަމަށީ ނިންމާފައިވާ ނިންމުމަކުކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލެ ތަކަކަށް ޢަމަލުކުރުމުގެ ގާނޫނގ 47 ވަނަ މާއްދާގެ )ޅ( ގެ މަފްހޫމް އޮޅޭގޮތަށް އަދި އިސްވެބުނެވުނު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލާ ފުށުއަރާގޮތަށް ނިންމާފައިވާ ނިންމުމެއްކަމުގައެވެ.
14އިސްވެ ބަޔާންކުރެވުނު ކަންކަން ފާހަގަކޮށް ދައުލަތުގެ ފަރާތުން މިޤަޟިއްޔާގައި ހައިކޯޓުގައި އެދުނީ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 67/O8C/2019 ޤަޟިއްޔާ ގައަމޫސާ ޖަމީލުގެ މައްޗަށް ކޮށްފައިވާ ކުޑަކުއްޖެއްގެ ހަށިގަނޑުގެ އ ޖިންސީ ނިޔަތެއް އޮވެގެން ޤަޞަދުގައި އަތްލުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ކަނޑާއަޅާފއިވ ނިންމުން ބާޠިލުކުރުމާއެކު، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު(ގ 47 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ( ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް މި ދަޢުވެ ސާބިތުވާ ކަމަށ ކަނޑައަޅައި އެ ކުށުގެ އަދަބު ކަނޑައަޅައި ދިނުމަށެވެ.
15އަދި މިދަޢުވ ސާބިތުވެއްޖެ ނަމަ ދެވޭނެ އަދަބަކީ ޤާނޫނު ނަންބަރ 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު(ގ 3 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ އެމާއްދާގެ )ނ(ގެ ދަށުން 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށް ދައުލަތުން ފާހަގަކުރިއެވެ. އިސްތިއުނާފު ރައްދުވި ފަރާތުގެ ވާހަކަ:
16ދައުލަތުން ފާހަގަކުރި ކަންކަމާއި ގުޅިގެން އިސްތިއުނާފުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވް މޫސާ ޖަމީލުގެ ފަރާތުނ މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ؛
16.1 ކުޑަކުދިންނަށް ޖިންސީގޯނުކުރާ މީހުންނާމެދު ޚާއްޞަ އުސޫލާ ތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގ 48 ވަނަ މާއްދާގައި، މި ޤާނޫނުގެ ބޭނުމަށްޓަކައި ކުޑަކުއްޖެއްގެ ހެކިބަސް ހޯދާކަމަށް ވާނަމަ އެކުއްޖެއްގެ ހެކިބަސް ހަދަންވާނީ ކޓޯ ން ބޭރުގައި، ޝަރީޢާތުގެ މަޖިލީހުން ބޭރުގައި، ފުލުސް އޮފީހުން ބޭރުގައި ކުއްޖާއަށް ފަރިތަ މ ހައުލެއްގައި އަދި ކުއްޖާ ދެކަ ފަރިތަ އެކުއްޖާއަށް އިތުބާރު ކުރެވޭ ބައެއްގެ ހާޒިރުގައި އިންޓަވިއު ކޮށްގެން، އެ އިންޓަވިއު ވީޑިއޯ ރެކޯޑުކޮށްގެން ނުވަތަ އެކުއްޖަކަޚއްޞުއެހީއަށް ބޭނުންވާ ކުއްޖެއްނަމަ އެކުއްޖާ ބުނާއެއްޗެއް ތަރުޖަމާ ކޮށްދެވޭނެ ކަމުގެ ޤާބިލުކަން ހރިމީހެއްގެ ހާޒިރުގައި އެކުއްޖްދެކެފަރިތަ އެކުއްޖާއަށް އިތުބާރު ކުރެވޭ ބައެއްގެ ހާޒިރުގައި އިންޓަވިއުކޮށްގެން އެއިންޓަވިއު ރެކޯޑުކޮށްގެން ކަމަށ، ބަޔާންކޮށްފައިވާ ކަމަށާއި، މިމައްސަލާގައިބަޔާން ނެގުމަށް ފުލުހުން ކުއްޖާއާ އިންޓަވިއު ކުރީ ކުއްޖާގެ ހާޒިރުގައި ކަމާއި ކުއްޖާގެ ވީޑިއޯ ރެކޯޑިން ހަދާފައިވާކަން އެނގެން ނެތްކަމަށެވެ. އަދި އިންޓަވިއުގައިފުލުހުން ބައިވެރިވެފައިވކަމާއ އަދި ހާދިސާ ރެކޯޑު ކުރެވިފައިވާކަން މި މައްސަލާގައި އެނގެން ނެތްކަމަށެވެ. އެހެންކަމުން ކުއްޖާގެ ބަޔާން ނެގުމުގައި ޢަމަލުކޮށްފައިވަނީ ކަނޑައެޅިފައިވާ އިޖުރާއަތުތަކާއީ ޚީލާފަށްކަމަށްވާތ ކުއްޖާގެ ބަޔާނަކމި މައްސަލާގައި ބަލައިގަނެވޭނެ ހެއްކެއް ނޫންކަމުގައެވެ.
16.2 އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟއްޔާގި އ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި މައްސަލަ ނިންމުމަށް ވާސިލުވުމުގައި ތުހުމަތުކުރވޭ ފަރާތުގެ ހައްޤުތަކަށް ފަނޑިޔާރު ރައްކާތެރިވާން ވާނެކަމަށް ސުޕުރީމް ކޯޓުން އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމަށާއި، މި މައްސަލާގައި މޫސާ ޖަމީލުގެ ވެސް ޙައްޤުތަކެއް ކަށަވަރުކުރަން އެބަޖެހޭ ކަމަށާއި އެގޮތުން؛ • ފުރަތަމަ ކަމެއްގެ ގޮތުގައި، މައްސަލާގައި ހުށަހަޅާ ހެކިތަކަކީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކިތަކެއްކަން ކަށަވަރުކުރަން ޖެހޭނެކަމަށް. • ދެވަނަކަމެއްގެ ގޮތުގައި ހުށަހެޅިފީ އިވާ ހެކިތަކާއި މައްސަލާގެ ހަ ޤަ ގަތާއި ހުރި ގުޅުމަކީ ކޮބައިތޯ ބަލަންޖެހޭނެކަމަށް. • އަދި ތިންވަނަ ކަމެއްގެ ގޮތުގައި، އެއްހެކި އަނެއްހެއްކަށް ބާރުދޭ ގޮތާއި މިންވަރަށް ބަލަންވާނެކަމަށް. • އަދި ހަތަރުވަނަ ކަމެއްގެ ގޮތުގައި، އެއްވެސް ހެއްކެއް ހޯދާފައިވާ ގޮތުން ނުވަތަ އެ ހެކީގެ ޠަބު ޢުތުން ހެކީގެ މަޢް ތަބަރުކަން ދެށ ވެ އެ ހެއްކަށް ބަރޯސާ ނުވެވޭނެފަދަ ހާލަތެއް މެދުވެރިވެފައިވާކަން ނުވަތަ ނޫންކަންފަދަ މައްސަލާގި ވަށައިގެންވާ އެންމެހއަ ކަންތއްތަކަށް ބަލަންޖެހޭނެކަމުގައެވަ .
16.3 ކުއްޖާ ކިޔައިދޭ ކިޔައިދިނުން އަސާސަކަށް ބަލައިގެން މައްސަލަ ސާބިތުވާކަން ނިންމުމުގެ އ ކުއްޖާގ ހެކިބަހަކީ އާދަޔޮ ޚިލާފަށް ޤަބޫލުކުރެވޭ ފަދަ ހެކިބަހެއްތޯ ބެލުމުގައި ހެކިބަސް އެތެރެފުށުން އެއްގެ ތްވޭތޯއެ އ އަދި ކުއްޖާގެ ހެކިބަސް ބޭރުފުށުން އެއްގޮތްވޭތޯ ބަލަންވާނީ ކަމަށް އިސްވެބުނުވުނު ޤަޟިއްޔާގައ ކަނޑައަޅުއްވާފައިވާ ކަމަށާއި، މިމައްސަލާގައި ކަންހިނގާފައވާ ގޮތަށް ބަލާއިރު މައްސަލޭ ފެންމަތިވެގެން ފުރަތަމަ އައިސްފަ މިވަނީ މި ކުއްޖާ ގެންގުޅެން ކުއްޖާގެ މަންމަ ދީފައިވާ ފޯނަކުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ކުއްޖާގެ ބޭބެ އާއިކުއްޖާގެ މަންމަ އަށް ފެނުނު ހިސާބުންކަމަށާއި، ކުއްޖާގެ އ ތުން ފޯނު އަތުލައި ބެލިއިރު، ގޫގުލްގޭ އްލިޔެގެން އޮރިޔާން މަންޒަރު ދައްކުވައިދޭ ސައިޓަކަށް އެ ފޯނުން ވަދެ ފޮޓޯއާއި ވީޑިއޯ ބަލައި އެހުރިހާއެއްޗެއ، ހުރިކަމަށް ކުއްޖާގެ ބޭބެ ދަށުކޯޓުގައި ބުނެފައި ވާ ކަމަށާއި، އަދި ކުއްޖާގެ މަންމަ ޝަރީއަތަށް ދިން ބަޔާނުގައި ކިއްޖު އަތުގައި އޮތް ފޯނުގައި އެފަދަ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓު އާއި ވީޑިއޯ ހުއްޓައި ދެކުނުކަމަށް އެފަރާތުންވެސް ބުނެފައި ވީނަމަވެސް އެފޯނު ފުލުހުންގެ މޯބައިލް ފޮރެންސިކް މެދުވެރިކޮށް އެނަލައިޒް ކޮށްފައި ވާކަމަށާއި، އެރިޕޯޓް ގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންކަމަށް ބަލާއިރު، 2019 ޖުލައި 23 އިން 2019 އޮގަސްޓް 15 އާ ދެމެދު ވެބް ބ ރޯސިންގް ހިސްޓްރީ ލޮގެއް ފެނިފައިނުވާކަމަށް ވަރަށް ސާފުކޮށް އޭގައި ބަޔާންކޮށްފައިވާކަމަށާއ އަދި މިފޯނު ތަޙުލީލު ކުރުމުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިޔޯ ފެނިފައި ނުވާކަމަށްވެސް ބަޔާންކޮށްފައިވާކަމަށާއ، މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށަ ދެއްކުން ނުވަތަ އެފަދަ ޢާ މަލެއް ހިންގާ އަޑު ކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވީ މޫސާ ޖަމީލުގެ މައްޗަށު ސާބިތު ނުވާކަމަށް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 68/O8C/2019 ޤަޟިއްޔާގައި ނިންމާފައިވާކަމަށާއ ދައުލަތުން އެ ޤަޟިއްޔިއިސްތިއުނާފް ކށްފައޮ ނުވާކަމަށްވެސް މޫސާ ޖަމީލުގެ ފަރާތުން
17މިފަދަ މައްސަލަތަކުގައި ހެކީގެ މައިގަނޑު އަސާސް އޮންނަނީ ކުއްޖާގެ ބަހުގެ މައްޗަށް ކަމަށްވާއިރު ކުއްޖާގެ ބަހަކީ އާދަޔާ ޚިލާފަށް ގަބޫލްކުރެވތެދި ބަހެއްތޯ ބަލާއިރު ކުއްޖާ ކިޔައިދޭ ވާހަކަތަކިގައު ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނެ ފަދަ ތަފްސީލުތައް ނެތްކަމަށާއި، ހަމައެއާއެކު ކުއްޖާގެ އަތުގައި އޮތް ފޯނުންވެސް އަދި މޫސާ ޖަމީލުގެ އަތުގައި އޮތް ފޯނުންވެސް ކުއްޖާއަށް އެފަދަ މަންޒަރެއް ދައްކުވަނިކޮށް ފެނުނު އެއްވެސް ފަރާތެއް ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިނުވާއިރު، ކުއްޖާ ކުޅެން ކުއްޖާގެ މަންމަ ދީފައިވާ ފޯނުގެ ފޮރެންސިކް ތަހުލީލް ހެދުމުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިޔޯ އެފޯނުން ފެނިފައި ނުވާކަނެފޮރެންސިކް ރިޕޯޓުން ވަރަށް ރަނގަޅަށް ސާފުވާ ކަމަށާއި، ކުއްޖާގަހެކިބަސް ފިޔަވައި ދެންހުރި ކަންތައްތަކަށް ބަލާއިރުގައި އެގޭގެ އެއްވެސް މީހަކަށް ކުއްޖާގެ ގައިގާ މޫސާ ޖަމީލް އަތްލި މަންޒަރު ފެނިފައި ނުވާކަމަށާއި، އަދި މޫސާ ޖަމީލް ކުއްޖާގެ ކުރިމަތިފަރާތަށް އިނގިލި ކޮށްޕުމުން ކުއްޖާ ހުން އައިސް ހޮޑުލެވި ބޮލަށް ތަދުވެ ބަލް ވެގެން ކުއްޖާގެ މަންމަ ކުއްޖާ ޑޮކްޓަރަށް ދެއްކިކަމަށް ބުނިނަމަވެސް މިމައްސަލައާއެކު ހުށަހެޅިފައިވާ ލިޔުންތަކުން އެކަން އެނގޭނެ ލިޔުމެއް ހުށަހަޅައިފައި ނުވާކަމަށެވެ.
18ހަމައެއާއެކު ކުއްޖާގެ ކުރިމަތިފަރާތަށް ޖަމީލިގެ އިނގިލި ކޮށްޕު ފައިވާ ކަމަށް މަންމަ ކައިރީގައި ބުނަން އުޅުނުކަމާ އެވާހަކަ މަންމަ ގާތުގައި ނުބުނެވުނީ ހަނދާން ނެތިގެންކަމަށް ކުއްޖާގެ ބަޔާނުގައި ކުއްޖާ ބުނެފައިވާއިރު ކުއްޖާގެ މަންމަ ޖެންޑަރއަށް ކިޔައިދީފައިވާ ގޮތުގައި ކުއްޖާގެ މަންމައާ ކުއްޖާއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅް މެއްކަމަށް ފާހަގަކޮށްފައިވާއިރު މަންމައާ އެފަދަ ގާތް ގުޅުމެއް އޮންނަ އަންހެން ދަރިއަކު އަދި އެއުމުރުގެ ކުއްޖަކަށް އެފަދަ ކަމެއް ދިމާވުމުން ހަނދާން ނެތިގެން މަންމައަށް ކޔައިނުދީ ހުރެދާނެކަމަކަށް ޤަބޫލު ނުކުރެވޭ ކަމުގައެވެ.
19އަދި މި ހާދިސާ ހިގާފައިވަނީ 2018 ވަނަ އަހަރު އެކިދުވަސްމަތިންނާއި 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ ދުވަހެއްގައިކަމަށް ބަޔާންކޮށްފައިވާއިރ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކުއްޖާ ބަޔާންދީ މިވާހަކަތައް ކިޔައިދީފައިވަނީ 23 ޖުލައި 2019 ދުވަހުކަމަށާއި، ކުއްޖާގެ އިޖުތިމާއީ ޙާލަތު ވަޒަންކުރެ އެސެސްމެންޓް ރިޕޯޓް ހެދުމަށް ކުއްޖާއާ ވާހަކަ ދެއްކި ތާރީޚު އެނގެން ނެތްނަމަވެސް ކުއްޖާއާ ވާހަކަ ދެއްކިފައިވާކަމަށް އިރިޕޯޓުގައި ބަޔާންކޮށްފއަ އެ ބައޮތްކަމަށާއް އެހެން ނަމަވެސް ކިޔާދީފައި މިވަނީ ގާތްގަނޑަކަށް 3 މަސްދުވަހުގެ ފަހުންކަމަށް ވާއިރު، ޤާނޫނު ނަންބަރ 12/2009 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނާ ( ގ 47 ވަނަ މާއްދާއަށް ރިޔާއަތްކޮށް ވަޒަންކުރާއިރު ހާދިސާ ހިނގިކަމަށް ކުއްޖާ ބުނާ ދުވަސްވަރާ އެކުއްޖާ މިވާހަކަތައް ކަމާބެހޭ މުއައްސަސާތަކަށު ކިޔައިދީފައިވާ މުއްދަތާ އަޅާބަލާއިރު އެމުއްދަތަކީ އެމާއްދާގެ )ޅ( އަދި )އ( ގައި ބުނާ ފަދައިން ހާދިސާ ހިނގި ވަގުތާ އެވާހަކަ ކިޔައިދިން ވަގުތާ ދެމެދު މާދިގ މުއްދަތެއް ފާއިތު ނުވަނީސް ކިޔައިދިން ކިޔައިދިނމެއްކަން ގަބޫލު ނުކުރެވޭ ކަމަށާއިދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 281/HC-A/2016 ޤަޟިއްޔާއިން އެނގޭގޮތުގައި ހާދިސާ ހިނގިފަހުން 2 މަސްދުވަސް ވެފައިވުމަކީ ގިނަ ދުވަސްތަކެއް ވެފައިވުން ކަމަށް ފާހަގަކޮށްފައިވާ ކަމުގައެވެ.
20ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓަށް ބަލާއިރު ކުއްޖާ ޑޮކްޓަރަށް ދައްކާފައިވަނީ 2019 ޖުލައި 22 ވާނަ ދުވަހު ކަމަށާއި، އަދި މިޙާދިސާއާ ގުޅިގެން ކުއްޖާ ޑޮކްޓަރަށް ދައްކައި ޓެސްޓްތައް ހަދާފައިވަނާ ޙް ދިސ ހިނގިތާ ގާތްގަނޑަކަށް 3 މަސް ދުވަސް ފަހުންކަމަށާއި ޑޮކްޓަރަށް ފެންނަ ފެނުމުގައި ކުއްޖާގެ ޖިންސީ ގުނަވަނަށް ލިބިފައިވާ އަނިޔާއަކީ ދުވަސްވެފައިވާ އަނިޔިއެއްކަމއީ ކުރީގައި ލިބިފައިހުރި އަނިޔާއެއް ކަމަށްވާތީ ކުއްޖާއަށް އަނިޔާއެއް ލިބިފައިވަނީ 2019 ވަނަ އަހަރު އެޕްރީލްމަހު ކަމަށް ސީދާ ބުނަން އެފަރާތަށް ނޭނގޭކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
21އަދިމި ކުއްޖާ އަދި އޭނާގެ އާއިލާގެ ފަރާތީންވެސް މިކަހް ލ ވާހަކައެއް ހަޤް ގަތާ ޚިލާފަށް ހަދައިގެން ދައްކަންޖެހޭފަދަ އެއްވެސ ސަބަބެއް އެބައޮތްތޯ އެކަން ތަޙުޤީގުގައީ އަދި ދަށު ކޯޓުގައި ފާހަގަކޮށްފަވާނެތޯ މޫސާ ޖަމީލުއާ ޝަރީޢަތުން ސުވާލުކުރުމުން ބުނެފައިވަނި،މީހަކާ އިނދެގެން ގޮސް އެހެން ގެއެއްގަ އުޅުނުއިރު ގުޅައެ އެގެއަށް ނުދެވޭތީ އެމައްސަލައިގަ ތިބީ ވަރަށް ބޮޑަށް ރުޅިއައިސްފައި ކަމަށާއި، މާގިނައިން ގުޅާތީ މޫސާ ޖަމީލުގެ އަންހެނުން ވަރަށް ބޮޑަށް ރުޅި އައިސްގެން ކުއްޖާގެ މަންމައާ އޮތީ ވަރަށް ބޮޑަށް މައްސަލަ ޖެހިފައި ކަމަށާއި އެހިސާބުން ފެށިގެން ދެމީހުންގެ ގުޅުން ވަކި ކުރުމަށްޓަކައި އެތައް ބައެއްގެ ކައިރީގައި އެވާހަކަ ދައްކާފައިވާ ކަމަށާއި، އެކަން ތަޙުޤީޤަށް ދިން ބަޔާނުގައި ބުނެފައިވާ ކަމަށެވެ. މޫސާ ޖަމީލުގެ ފަރާތުން އެދުނު ގޮތް:
22މޫސާ ޖަމީލްގެ ފަރާތުން މިމައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 67/O8C/2019 ޤަޟިއްޔާ ގައި މޫސާ ޖަމީލުގެ މައްޗަށް ހުށަ ހެޅުނ ދަޢުވާ ސާބިތުނުވާކް މަށް ނިންމާފައިވާ ނިންމުމަކީ ޤް ނޫނާ އެއްގޮތަށް ނިންމަވާފައިވާ ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށެވެ. މި މައްސަލާގައި ޖަވާބުދޭންޖެހޭ ނުކުތާތައް:
23ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގެ މައްޗަށާއި އެ ނުކުތާއާ ގުޅިގެން މޫސާ ޖަމީލުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގުމައްޗަށް ބަލާއިރު، މިމައްސަލާގައ ހައިކޯޓުން ޖަވާބުދޭންޖެހޭ ނުކުތާތަކަކީ؛
23.1 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚެ އްޞަ އުސ ލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކި މި މައްސަލަ ސާބިތުވާ މިންވަރަށް ލިބިފައިވޭތޯ؟ އެ ހެކިތައް ދަށުކޯޓުން ވަޒަންކޮށްފައިވަނީ ރަނގަޅަށްތޯ؟
23.2 މި މައްސަލަ ނިންމުމުގައި މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފުވެފައިވޭތޯ؟ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ސާބިތުކުރުމުގައި ބަލާ މިންގަނޑު
24ޕްރިސިޑެންސް 1ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ، އެހެން ޤާނޫނެއްގައި، ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑުކަމަށް ނުވަތަ ޝަރީޢަތަށް ޤަބޫލުކުރާ ހެކީގެ ބާވަތްކަމަށް އެހެން ގޮތަކަށް ބަޔާންކޮށްފެއިވީނަމަވެސް، އެޤާނޫނުގެ ބޭނުމަށްޓަކައި ނުވަތަ އިޤާނޫނުގެ ދަށުން އުފުލޭ ދަޢުވާއެއްގައި، ކުޑަކުއްޖަކާއެކު މީހކަ ޖިންސީ ޢަމަލެއް ހިންގައިފިކަން ސާބިތު ކުރުމަށްޓަކައި، ނުވަތެ އ ޤާނޫނުގައިވާ ކުށެއް ސާބިތު ކުރުމަށްޓަކައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ބާވިތުގަ ހެކތަކުގ ތެރެއިން މަދުވެގެން 05 ބާވަތެއްގެ ހެކި ހުރެއްޖެނަމަ، އެ ހެއްކަކީ، ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )އ( ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ . ޤާނޫނު ނަންބަރު 12/2009. މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ލިބިފައިވާ ހެކިކަމުގައި ބެލެވޭނެކަމަށެވެ. އެ ޤާނޫނުގެ 47 ވަނަ މާއްދާގައިބަޔާނކޮށްފައިވާ ހެކިތަކަކީ؛ )ހ( ޖިންސީ ޢަމަލު ކުޑަކުއްޖަކާއެކު ހިންގައިފިކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއް؛ )ށ( ސައިންޓިފިކް ތަޙްލީލުތަކުން ދައްކާ ނަތީޖާ؛ )ނ( ލޮލަށް ފެނުނު މީހުންގެ ހެކީގެ ބަޔާން؛ )ރ( ފޮރެންސިކް ނިޝާންތަކުންނާއި ތަޙްލީލުތަކުން ލިބޭ ހެކި؛ )ބ( ވީޑިއޯ ރެކޯޑުތަކުން ލިބޭ ހެކި؛ )ޅ( އެކަމެއް ހިނގުމުން ދާދިއަވަހަށް ނުވަތަ އެކަމެއް ހިނގުމާދެމެދު ގިނަ ދުވަސްތަކެއް ނުވަނީސް ކުއްޖާގެ މައިންބަފައިންނަށް، ނުވަތަ ގާތްތިމާގެ މީހަކަށް، ނުވަތަ ރަޙްމަތްތެރިއަކަށް، ނުވަތަ ޑޮކްޓަރަކަށް، ނުވަތަ ޞިއްޙީ އެހީތެރިއަކަށް، ނުވަތަ ސައިކޮލޮޖިސްޓަކަށް، ނުވަތަ ސައިކިއޭޓްރިސްޓަކަށް، ނުވަތަ މައްސަލަ ތަޙްޤީޤުކުރާ ފުލުހަކަށް ނުވަތަ ކުޑަކުދިން ރައްކާތެރި ކުރުމުގެ ޚިދުމަތުގައި މަސައްކަތްކުރާ މީހަކަށް ކުޑަކުއްޖާ ދީފައިވާ ބަޔާން؛ )ކ( އޭ ނާއާމެދު ކަންވީގޮތްކަމަށް ނުވަތަ އެކަން ހިނގާދިޔަ ގޮތްކަމަށް ކުޑަކުއްޖާ ކިޔައިދީފައިވާ ބަޔާން؛ )އ( މީހަކާ ބެހޭގޮތުން ޙަޤީޤަތެއް ނެތް ވާހަކަތަކެއް ހަދައިގެން، ނުވަތަ އަލަށް އުފައްދައިގެން ކިޔައިދިނުންކަމަށް ބެލެވޭ ސަބަބެއްނެތި ނުވަތަ ހާދިސާ ހިނގި ވަގުތާއި އެވާހަކަ ކިޔައިދިން ވަގުތީ ދެމެދު މާދިގު މުއްދަތެއް ފާއިތުނުވަނީސް، ކުޑަކުއްޖާ ކިޔައިދީފައިވާ ކިޔާދިނުމެއް؛ )ވ( ކުޑަކުއްޖާ ކިޔައިދޭ އެއްޗަކާ އެކުއްޖާއަށް ޖިސްމާނީ ގޮތުން ލިބިފައިވާ ގެއްލުންކަމަށް ޑޮކްޓަރީ ގޮތުން ފާހަގަވާންހުރި ކަންކަމާއި ފޮރެންސިކް ތަޙްލީލުތަކުން ފާހަގަވާންހުރި ކަންކަން ދިމާވުން؛ )މ( އެކއްޖާއާއެކު ޖިންސީ ޢަމަލު ހިންގި މީހަކީ ކުރިން ޖިންސީ ޢަމަލު ހިންގި މީހެއްކަން ސާބިތުވެފައިވުން؛ )ފ( މާއްދީ ހެކި؛ )ދ( މައްސަލަ ބަލާ ފަރާތުން ކުއްޖާއާ އިންޓަރވިއު ކުރުމުން ކުއްޖާ ކިޔައިދީފައިވާ ވާހަކަ؛ މި ހެކިތަކެވެ.
25އަދި 5 ބާވަތުގެ ހެކި ލިބިފައި ނެތް ނަމަވެސް، ލިބިފައިވާ ހެކީގެ މައްޗަށް ބަލާއިރު، އެ ހެކިތަކަކީ، މިފަދަ މައްސަލަތައް ސާބިތުކުރުމުގައި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ( ގައި ވާފަދައިން މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތަ ޝަރާ ޢުތަށް ސ ބިތް ކުރުމަށް ފުދޭ ހެކިތަކެއްކަމުގައިވާނަމަ، ލިބިފައިވާ އެ ހެކިތަކުގެ މައްޗަށް ބުރަވެ ކުށް ސާބިތުވާކަމަށް ނިންމިދާނެކަމާއި، އެއޫކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އ ސ ލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގ 47 ވަނަ މާއްދާ ހުރަސްއަޅާ ކަމެއް ނޫނކަމަށްދިވެހިރާއްޖޭގެ ހައިކޯޓުން ކުރިން ނިންމާފައިވާ ނަންބަރު 2012/HC-A/14 ޤަޟިއްޔާގެ އިތުރުން، ނަންބަރު 2012/HC-A/129 ޤަޟިއްޔާގައިވެސް ކަނޑައަޅާފައިވެއެވެ.
26ޕްރިސިޑެންސް 2އަދި ކުށް ސާބިތުކުރުމަކީ އެއް ންންބަރު އަނެއް ނަންބަރާ އެއްކޮށްގެން ނެރޭ ހިސާބު ނަންބަރެއްގަ ގޮތުގައި ކުރެވޭނޭ ކަމެއް ނޫންކަމަށާއި، ކުށް ސާބިތުކުރުމަށް ވަކި ޢާ ދަދަކަށް ހެކި ހަމަކުރުމުގެ ބަދަލުގައި، މައްސަލުގައި ކުޑަކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ ހެކިބަހެއް ކަމުގައިވާ ނަމަ، އެ ހެކިބަހުގެ މައްޗަށް ދައުވާ ސާބިތު ކުރެވިދާނެ ކަމަށް ވެސް އިސްވެބުނެވުނު ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލގި އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައ ބަޔާންކޮށްފައިވެއެވެ.
27އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2015/HC-A/150 ޤަޟިއްޔި އަށް ބަލާއިރު، މި ބާވަތުގާ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައެޅުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ . ޤާނޫނު ނަންބަރު 2009/12. . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ . އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47ވަނަ މާއްދާގައި ބަޔާންކުރާ ބާވަތުގެ ހެކިތަކުގެ އިތުރަށް މައްސަލަ ސާބިތުކުރުމަށް ހުށަހެޅް ހަރުދަނާ އެހެނިހެން ހެކިތަކާއި ޤަރީނާތަކުގެ މައްޗަށްވެސް ރިޢާޔަތްކުރެވިދާނެކަމަށް ކަނޑައަޅާފައިވެއެވެ.
28ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގު 47ވަނަ މާއްދެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލގްއޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައްތަފްސީލުކޮށް މާނަކޮށްދީފައިވއެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢމަލުކުރުމުގަ ގާނޫނުގެ 47ވަނަ މާއްދާގައި 12 )ބާރަ( ބާވަތެއްގެ ހެކި ވަކިވަކިން ލިސްޓުކޮށްފައި އެވަނީ އަކުއްޖާގެ ހެކިބަހަކީ އެއީ އާދަޔާ ޚިލާފަށް ތެދުކަމަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމުގެ ގޮތުން ފަނޑިޔާރުންނަށް ބޭނުން ކުރެވިދާނެ ވަސީލަތްތަކެއްގެ ގޮތުގައިކަމަށާއި، އ 12 ބާވަތުގެ ހެއްކަކީ އެކަތި އަނެކައްޗާ މުޅިން ވަކިވެފައިވާ މުސްތަޤަ އްލު ހެކީގެ ގޮތުގައި ނޫންކަމަށާއި، ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ޢަމަލުތައް ހިންގަން އެކަހެރި ތަންތަނުގައި ސިއްރުން ކަމަށްވުމާއެކު މިނިވަން މުސްތަޤިއްލު ގިނަ ހެކިތަކެއް ގިނަ ޙާލަތްތަކުގައި ނުހުންނާނެތ، މި ޤާނޫނުން އެގޮތަށް ޤަބޫލުކޮށްފައި އެވަނީ ކުށް ސާބިތުކުރުމުގެ މިންގަނޑު ލުއިކުރުމުގެ ބޭނުމުގައިކަމަށެޕްރޮސިކިއުޓަރ ޖެނެރަލގް އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވެއެވެ.
29އަދި އަނިޔާ ލިބުނު ކުޑަކުއްޖާގެ ހެކާ ބަހުގި މައްޗަށް ބިނާވެފައިވާ، ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ކުޑަކުއްޖާ ދީފައިވާ ހެކިބަހަކީ އަދަޔާ ޚިލާފަށެ ޤް ބޫލުކުރެވޭ ހެކިބަހަކަށްވާނަމަ، އ ހެކިބަހުގެ މައްޗަށް ދައުވާ ސާބިތުކުރެވޭނެކަމަށް ތަހުޒީބުވެފައިވާ ގައުމުތަކުގެ ކޯޓުތަކުން ކަނޑައަޅާފައިވް ކ މަށްވެސެދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލގް އޮފީސް ވ. . ޕްރޮސިކިއުޓަރ ޖެނެރަލގް އޮފީސް ވ. އަޙްމަދު މުޚްތާރު )ނަންބަރ 2019/SC-A/77 ޤަޟިއްޔާ ( ގ 46ވަނަ ނަންބަރު. އަޙްމަދު މުޚްތާރު ޤަޟިއްޔާގައިފާހަގަކޮށްފައި ވެއެވެ. އަދިމިފަދަ މައްސަލައެއްގައި އަނިޔާ ލިބުނު ކުޑަކުއްޖާގެ ބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ ބަހެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި، އެ ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވޭތޯއާއި ޝަކުވާ އުފުލި ފަރާތުގެ އަޚުލާގާއި ޢަމަލުތަކާއި، ކުއްޖާގެ އުޅުން ހުންނަ ގޮތުގެ މައްޗަށާއި، މުއްތަހަމާބެހޭ ގޮތުން ޝަކުވާކުރުމުގައި އެއްވެސ ނުނިޔަތެއް އޮތްތޯ ބެލިދާނެ ކަމަށާއި އަދި މިކަންކަނާ ބެލުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ ތެރެއިން އެ މައްސަލައެއްގައި ލިބެންހުރި ހުރިހާ ވަސީލަތްތައް ބޭނުން ކުރެވިދާނެ ކަމަށްވެސް ދިވެހިރާއްޖޭގި ސުޕްރީމް ކޯޓުގެ އިސްވެ ބަޔާންކުރެވިދިޔަ ޤަޟިއްޔާގައ
30ޕްރިސިޑެންސް 3ކުޑަކުދިންނަށް ޖިންސޭ ގ ނާކުރުމާ ގުޅް މިފަދަ މައްސަލަތަކުގައި ހުށަހެޅޭ ގިނަ ހެކިތަކަކީ އެފަރާތަކާމެދ ކުށުގެ ޢަމަލު ހިންގުނުކަމަށް ބުނާ ކުޑަކުއްޖާ ބުނާ ބުނުމުގެ މައްޗަށެ ބިނާވެފައިވާ ހެކިތަކަކަށްވުމުން، އެ ކުޑަކުއްޖާ އެހާދިސާ އެކިފަހަރު އަދި އެކި މަޙައްލުތަކުގައި ކިޔައިދޭ ކިޔައިދިނުމުގައި ހުރެދާނެ ފުށުއެރުންތަކަށާއަ،އަދި އެއީ ހަޤީޤަތެއްނެތި އަލަށް އުފައްދައިގެން ދައްކަފާނެ ވާހަކައެއްކަމުގެ މައްޗަށް ބުރަވެވޭފަދަ ކަންތައްތު ކެއް ހުރިނަމަ އެކަންކަމުގެ މައްޗަށްވެސް ޝަރީޢަތުން ބަލައި، އެކަންކަން ވަޒަންކުރަންޖެހޭނެކަމާއި، އަދި އެގޮތުން އެކަންކަން ވަޒަންކުރާއިރު، އެކުށުގެ ޢަމަލަކީ މުއްތަހަމު ކޮށްފައިވާ ޢަމަލެއްކަމާމެދު އެކަށީގެންވާ ޝައްކެއް ނުވަތަ ޝައްކުތަކެއް އުފެދިފައިވާނަމަ، އމުއްތަހަމުގެ މައްޗަށް އެކުށް ސާބިތުވާކަމަށް ކަނޑައެޅިގެން ނުވާނެއެވެ. މިކަންކަން މިފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުގް ޢަލީ ޝިވާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. . ޢަލީ ޝިވާ ވ. ޕްރޮސިކިއުޓު ރ ޖެނެރަލްގެ އޮފީސް ) ނަންބަރ 2013/HC-A/332 ޤަޟިއްޔ(ގ 5 ގެ )ށ(.
31އިސްތިއުނާފުކުރެވިފައި މިވާ، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 67/O8C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، މި ފަދަ މައްސަލަތަކުގައި ޢަމަލުކުރެވޭ ޤާނޫނީ ހަމަތަކާއި އަދި މިފަދަ ދަޢުވާއެއް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ބެލުމަށް މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާއި ހަމަތަކަށް ބަލައި ރިޢާޔަތްކޮށްފައިވާކަނ ފާހަގަކުރެވެއެވެ. މި މައްސަލަ ސާބިތުވާ މިންވަރަށް ހެކި ލިބިފައިވޭތޯއާއި ހެކިތައް ދަށުކޯޓުން ވަޒަންކޮށްފައިވަނީ ރަނގަޅަށްތޯ؟
32މި މައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށާއި މި މައްސަލަ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ހެކިތަކުގެ މައްޗަށް ބަލާއިރު، މޫސާ ޖަމީލުގެ މައްޗަށް ތުހުމަތުކުރެވުނު، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ޢަމަލު ހިންގަނިކޮށް ފެނުނު މީހަކު ނެތްކަން އެނގެއެވެ.
33ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( ގ 3 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެ މާ އްދާގާ )ނ( ގެ ދަށުނ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މޫސާ ޖަމީލުގެ މައްޗަށް އުފުލުމުން އެ ދަޢުވާއަށް މޫސާ ޖަމީލު އިންކާރުކޮށްފައިވެއެވެ.
34މޫސާ ޖަމީލުގެ މައް ޗަށް ހުށަހެޅުނު، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުނ ހުށަހެޅި ހެކިތައް މި ރިޕޯޓުގެ 8 ވަނަ ނަންބަރުގައި ބާޔާންކުރެވިފައި އެވަނީއެވެ. އެ ހެކިތަކަށް . މި ހެކިތައް، ދަށު ކޯޓަށް ހުށަހެޅުނު ދަޢުވާ ފޯމުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައި ވެއެވެ. ބަލާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި ބަޔާންކުރާފަދަ ތަފާތު ގިނަ ހެކިތަކެއް ހުށަހެޅިފައިވާކަން އެނގެއެވެ.
35ދަޢުވާ ސާބިތުނުވާކަމަށް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމު، ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތައް މަދުވެގެންނެއްނޫނެވެ. ނަމަވެސް، ކ ޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅޭ މިފަދަ އެހެނ ގިނަ ދަޢުވާތައް ފަދައިން މި ދަޢުވާވެސް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ، ކުޑަކުއްޖާ ކިޔައިދިން ކިޔައިދިނުމުގެ މައްޗަށް ކަމަށް ވެފު އ، ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތައް ވަޒަންކޮށް، ޝަރީޢަތުން ބެލިބެލުމުން އެ ދަޢުވާ ސާބިތުވާން ނެތުމުންނެވެ. ދަޢުވާ ސާބިތު ނުވާކަމަށް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމިއިރު، ހެކިތަކަށް ބުރަދަން ނުދެވުނު ސަބަބު ބަޔާންކު ށްފައިވެއެވެ. އެގޮތުން، އެ ކޯޓުން ފާހަގަކުރި މައިގަނޑު ސަބަބުތައް މި ރިޕޯޓުގެ 11 ވަނަ ނަންބަރުގައި ބަޔާންކުރެވިފައި އެވަނީއެވެ.
36ދަޢުވާ ސާބިތުނުވާކަމަށް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން މި ކޯޓުގައި އިސްތިއުނާފުކޮށް ދައުލަތުގެ ފަރާތިން ދެއްކި ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނ ކުއްޖާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނާއި އެބަޔާނުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގއާއ، ކުއްޖާގެ މަންމައަށް ކުއްޖާ ކިޔައިދިން ކިޔައިދިނުމާއި، ކުއްޖާގެ އިޖުތިމާޢީ ޙާލަތު ބަޔާންކުރާ އެސެސްމެންޓް ރިޕޯޓު ތައްޔާރުކުރި އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯރކަރ ޚަދީޖާ ރައޫފު ޢަބްދުއްރަޙީމަށް ކުއްޖާ ކިޔައިދިން ކިޔައިދިނުމާއި، ކުއްޖާގެ އަތުން ފެނުނު އޮރިޔާން މަންޒަރު ދައްކުވައިދޭ ސައިޓުތަކަށް ވަދެފައިވާ ފޯނު ބެލި ފަރާތްތަކުގެ ހައިސިއްޔަތުން ކުއްޖާގެ ބޭބެ ކިޔައިދިން ކިޔައިދިނުމާއި، ކުއްޖާގެ އެސެސްމެންޓް ރިޕޯޓުގައި ކުއްޖާ ދައްކާފަހުރި ވާހަކަތަކާއި، ކުއްޖާގެ މެޑިކޯ ލީގަލް ކޭސް ރިޕޯޓާއި ކުއްޖާ ދައްކާފައިވާ ވާހަކްތަކާ ދިމާވެފައިވުމާއި، އެކަން ކުއްޖާގެ މެޑިކޯ ލީގަލް ކޭސް ރިޕޯޓު ތައްޔާރުކުރި ޑޮކްޓަރު ޝަރީޢަތުގެ މަޖިލީހުގައި ކަށަވަރުކޮށްދީފައިވުމުން މި މައސަލާގައ ކުއްޖާއާމެދު ހިންގި ޢ މަލުކަމަށަ ކުއްޖާ ބުނެ ކިޔައިދީފައިވާ ކިޔައިދިނުމަކީ ހަގީގަތެއްގެ މައްޗަށ ބިނާކޮށް ކިޔައިދީފައިވާ ކިޔައިދިނުމެއްކަމަށް ދައުލަތުން ގަބޫލުކުރާކަމުގައެވެ.
37އިސްވެދިޔަ ނަންބަރުގައި އެވާ، ދައުލަތުގެ ފަރާތުން ފާހަގަކުރި ކަންކަމުގެ އިތުރުން، މި މައްސަލަ ސާބިތުނުވާކަމަށް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ރަނގަޅުނޫންކަނ ބަޔާންކުރުމަށް ދައުލަތުގެ ފަރާތުން ހައިކޯޓުގައި ފާހަގަކުރި މައިގަނޑުކަންކަން ތިރީގައި ބަޔާންކޮށްފައި އެ ވަނީއެވ؛ ކުއްޖާއާމެދު މުސާ ޖަމީލު ކަންކުރި ގޮތް ކުއްޖާ ކިޔައިދީފައިވަނީ، އެކަން ހިނގިތާ ގިނަދުވަސްތަކެއްވީފަހުން ކަމަށް ދަށު ކޯޓުން ފާހަގަކުރިކުރުން:
38މި ނުކުތާއާ ގުޅޭގޮތުން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވަނީ؛
38.1. ޝަރީޢަތަށް ހުށަހަޅާ ހެކި ބަލައިގަނެވެން ނެތްކަމަށް ފަނޑިޔާރުން ނިންމާ ސަބަބަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެކަށީގެންވާ ސަބަބެއް ކަމަށް ވާންޖެހޭނެކަމަށާއި، އެކަން އެފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 192/HC-A/2011 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމަށެވެ. ނަމަވެސް ހާދިސާ ހިނގިގޮތް ކުއްޖާގެ މަންމީ އާއި ކުއްޖާގެ އިޖްތިމާއީ ހާލަތު ބަޔާންކުރާ އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރި އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯރކަރ ޚަދު ޖ ރައުފާ ޢަބްދުއްރަޙީމަށް ކިޔައިދިން ކިޔައިދިނުމަކީ އެކަމެއް ހިނގިތާ ގިނަ ދުވަސްތަކެއް ނުވަނީސް ކިޔައިދީފައިވާ ކިޔައިދިނުމެއް ނޫންކަމަށް ބަޔާންކޮށް ދަށީކޯޓުނ ނިންމާފައިވާ ނިންމުމަކު ޤާ ނޫނު ނަންބަރ 12/2009 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދ ޚާއްޞަ އުސޫލުތަކަކަށްޢ މަލުކުރުމުގެ ގާނޫނެ (ގ 47 ވަނަ މާއްދާގެ )ޅ( ގެ މަފްހޫމް އޮޅޭގޮތަށް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގ ނަންބަރު 192/HC-A/2011 ޤަޟިއްޔާގައިބަޔާންކޮށް ފައިވާ އުސޫލާ ފުށުއަރާގޮތަށް ނިންމާފައިވާ ނިންމުމެއކަމަށ ދައުލަތުން ދެކޭކަމަށެވެ.
38.2. ދައުލަތުން ބުނެފައިވަނީ، ކުއްޖާއަމެދު މޫސާ ޖަމީލު މިފަދަ ޢި މަލެއް ހިންގިކަން އެނގިފާ އ ވަނީ ކުއްޖާ ގެންގުޅުނު ފޯނުން ކުއްޖާގެ ބޭބެއަށް ފެނުނު މަންޒަރުތަކެއްގެ ސަބަބުން އެކަމާ ގުޅިގާ ން އިތުރަށް ކުއްޖާގެ މަންމައާ ޢް އިލާއިން ސުވާލުކުރެވުނު ދުވަހު، ކުއްޖްމަންމައަށ ކިޔައިދިން ކިޔައިދިނުމުނާ ކަމަށެވެ. އެހެންކަމުގަ އިވާނަމަ ދަށު ކޯޓުން މާނަ ކޮށްފައިވަމާނ ކުރމަކީ އެންމެ ފުރަތަމަ ކުއްޖާއު ބެހުނު ތާރީޚު ނުވަތަ ކުއްޖާއާ އެންމެ ފަހުން ބެހުނު ތާރީޚުކަމަށް ބަލައި މާނަކުރި ކުރުމެއްކަމުގައެވެ. ހައިކޯޓުގެ ނަންބަރ 2011/HC-A/192 ޤަޟިއްޔާގައި،ޚި ޞްމުންގެ ފަރާތުން ޝަރީޢަތަށް ހުށައަޅާ ހެކިތަކާއި ދަލީލުތަކުގެ ތެރެއިނިހެއްކެއް ބަލައިނުގަތުމަށް ނިންމާނަމަ، އެ ސަބަބަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެކަށީގެންވާ ސަބަބެއްކަމުގައެ ވާންޖެހޭނެކަން ކަނޑައަޅާފައިވާއިރު، މި މައްސަލާގައި ކުޑަކުއްޖާއާމެދު ކަންކުރި ގޮތް ކިޔައިދީފައިވަނީ ގިނަ ދުވަސްތަކެއްވީފަހުނ ކަމަށް ބަލައި އެ ހެކި ޤަބޫލުނުކުރުމަކެވަރަށް ބޮޑެތި ގެއްލުންތަކެއް މިބާވަތުގެ މައްސަލަތަކުގެ ލިބިގެންދާނުކަމެއް ކަމަށެވެ. އަދިމި ބާވަތުގެ ކުށުގެ ދަޢުވާ ސާބިތު ކޮށްދިނުމުގައިވެސ ވަރަށްބޮޑެތި ދަތިތަކެއް އަންނާނެ ކަމެއް ކަމުގައެވެ.
39މުސާ ޖަމީލުގެ ފަރާތުން މި ނުކުތާއާ ގުޅޭގޮތުން ފާހަގަކޮށްފައިވަނީ؛
39.1. ހާދިސާ ހިގާފައިވަނީ 2018 ވަނަ އަހަރު އެކިދުވަސް މަތިންނާއި އަދި 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ ދުވަހެއްގައި ކަމަށް ބަޔާންކޮށްފައިވާއިރު،މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކުއްޖާ ބަޔާންދ، މި ވާހަކަތައް ކިޔައިދީފައިވަނީ 23 ޖުލައި 2019 ދުވަހުކަމަށެވެ. އެދުވަހު ލ.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ފަރާތުން އެސިސްޓެންޓް ސޯޝަލް ސަރވިސް އޮފިސަރ ފާތިމަތު ނަދުހިއއާ އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯރކަރ ޚަދީޖާ ރައޫފާ ޢަބްދުއްރަޙީމް ތިބިކަން އެނގޭކަމަށެވެ. އަދި އޭގެކުރިން ކުއްޖާގެ މަންމައާއި ބޭބެއަކަށް ކިޔައިދިންކަމަށާއި ނަމަވެސް ހިނގިކަމަކީ ކޮބައިކަން ތަފްޞީލުކޮށް ކިޔައިދީފައި ނުވާކަމަށެވެ. ވުމާއެކު، ޤޯބު ލުކުރަނީ އެމުއްދަތަކީ ކުޑަކުދިންނަށް ޖިންސީ ގޫނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގެ )ޅ( އަދި )އ( ގައި ބުނާ ފަދައިން ހާދިސާ ހިނގި ވަގުތާ އެވާހަކަ ކިޔައިދިން ވަގުތާ ދެމެދު މާދިގު މުއްދަތެއް ފާއިތ ނުވަނީސް ކިޔައިދިން ކިޔައިދިނުމެއްކަމަށް ބެލެވެންނެތް ކަމުގައެވެ.
39.2. އަދި ކުއްޖާއާމެދު މޫސާ ޖަމީލު ކަންކުރި ގޮތް ކުއްޖާ ކިޔައިދީފައިވަނީ 3 މަސްދުވަސް ފަހުން ކަމަށްވާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްޞަ އުސަލުތަކަކަށޫ ޢެ މަލުކުރުމުގ ގާނޫނުގެ 47 ވަނަ މާއްދާއަށް ރުޢާޔ ތްކޮށް ބަލާއިރު، ހާދިސާ ހިނގިކަމަށް ކުއްޖާ ބުނާ ދުވަސްވަރާ އެކުއްޖާ މިވާހަކަތައް ކަމާބެހޭ މުއައްސަސާތަކަށް ކިޔައިދީފައިވާ މުއްދަތާ އަޅާބަލާއިރު އ މުއްދަތަކީ އެ މާއްދާގެ )ޅ( އަދި )އ( ގައި ބުނާ ފަދައިން ހާދިސާ ހިނގި ވަގުތާ އެވާހަކަ ކިޔައިދިން ވަގުތާ ދެމެދު މާދިގު މުއްދަތެއް ފާއިތު ނުވަނީސަ ކިޔައިދިން ކިޔައިދިނުމެއްކަން ޤަބޫލު ނުކުރެވޭ ކަމުގައެވެ.
39.3. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 281/HC-A/2016 ޤަޟިއްޔާއިން އެނގޭގޮތުގައި ހާދިސާ ހިނގިފަހުން 2 މަސްދުވަސް ވެފައިވުމަކީ ގިނަ ދުވަސްތަކެއް ވެފައިވުން ކަމަށް ފާހަގަކޮށްފައި އޮންނަކަމަށެވެ.
40ޕްރިސިޑެންސް 4މި ނުކުތާއާ ގުޅިގެން ޝަރީޢަތުން ފާހަގަކުރާ ކަންކަން؛
40.1 ޚަޞްމުންގެ ފަރާތުން ޝަރީޢަތަށް ހުށައަޅާ ހެކިތަކް އާ ދަލީލުތަކުގެ ތެރެއިނިހެއްކެއް ބަލައިނުގަތުމަށް ނިންމާނަމަ، އެ ސަބަބަކީ ޝަރުޢީ އަދަޤާނޫނީ ހަމަތަކުގެ މަތިން އެކަށީގެންވާ ސަބަބެއްކަމުގައިވެސް ވާންޖެހޭނެކަމަށް، ދައުލަތުގެ ފަރާތުން ފާހަގަކުރި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/192 ޤަޟިއްޔާގައި ކނޑައަޅާފައިވާކަނ އެނގެއެވެ.
40.2 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ޅ( ގައި ވަނީ؛ "އެކަމެއް ހިނގުމުން ދާދި އަވަހަށް ނުވަތަ އެކަމެއް ހިންގުމާ ދެމެދު ގިނަ ދުވަސްތަކެއް ނުވަނީސް ކުއްޖާގެ މައިންބަފައިންނަށ، ނުވަތަ ގާތްތިމާގް މީހަކަށް، ނުވަތަ ރަޙްމަތތެރިއަކަށ، ނުވަތަ ޑޮކްޓަރަކަށް، ނުވަތަ ޞިއްޙީ އެހީތެރިއަކަށް، ނުވަތަ ސައިކޮލޮޖިސްޓަކަށް، ނުވަތަ ސައިކިއޭޓްރިސްޓަކަށް،މައްސަލަ ތަޙޤީޤުކުރް ފުލުހަކަށް ނުވަތަ ކުޑަކުދިނިރައްކާތެރުކެ ރުމުގެ ޚިދަމަތްގައި މަސްއުކަތްކރާ މީހަކަށުކުޑަކާއޖާ ދީފައިވްބަޔނ". މިފަދައިންނެވެ. އަދި 47 ވަނަ މާއްދާގެ )އ( ގައި ވަނީ؛ "މީހަކާބްހޭގޮތެން ޙަޤީޤަތެއނެތެވްހަކަތަކާ އ ހަދައިގެން، ނުވަތަ އަލަށްއްފައު ދައިގެނ ކިޔައިދިނުންކަމަށްބްލެވޭނެ ސަބަބެއުނެތި ނުވަތަ ޙާދިސާ ހިނގި ވަގެތއި އަވހަކާކިޔައިދިން ވަގުތީ ދެމެދު މާ ދިގުމު އދަތެއުފާއިތުނުވަނީސް، ކްޑަކާ އޖ ކިޔައިދީފައިވާ ކިޔައިދިނުމެއް ." މިފަދައިންނެވެ.
40.3 ދަށު ކޯޓުން މި ނުކުތާއާ ގުޅޭގޮތުން ފާހަގަކޮށްފައިވަނީ، ކުޑަކުއްޖާ އެ ކުއްޖާއާމެދު މޫސާ ޖަމީލު ކަންކުރާ ގޮތުގެ ވާހަކަ ކިޔައިދީފައިވަނީ، އެންމެ ފަހުން އެ ކުއްޖާއާމެދު އެފަދަ ޢަމަލެއް ހިނގިކަމަށްބުނ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ގާތްގަނޑަކަށް 03 )ތިނެއް( މަސްދުވަސް ފަހުންކަމަށްވާއިރު، ކުޑަކުދިންނަށް ޖިންސީ ގޫނާކުރާ މީހުންނާމެދު ޚާއްޞަ އުސ ލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ޅ( އާއި )އ( އަށްރިޢާޔަތްކޮށް ވަޒަންކުރާއިރު، ޙާދިސާ ހިނގިކަމަށް ކުއްޖާ ބުނާ ދުވަސްވަރާއި، އ ވާހަކަ ކުއްޖާ ކިޔައިދިން ތާރީޚާ އަޅާކިޔާއިރު، އެއް،އކަނަ ހިނގުމުން ދާދި އަވަހަށް ނުވަތަ އެކަމެއް ހިންގުމާ ދެމެދު ގިނަ ދުވަސްތަކެއް ނުވަނީސް ކުއްޖާ ކިޔައިދިން ކިޔައިދިނުމެއްކަމުގައި ބެލެވެން ނެތްކަމަށެވެ.
40.4 ކުޑަކުއްޖަކާމެދު ޖިންސީ ގޯނާކުރުމުގެ މިފަދަ ކަމެއް ހިނގުމުން ދާދި އަވަހަށް ނުވަތަ އެކަމެއް ހިނގުމާ ދެމެދު ގިނަދުވަސްތަކެއް ނުވަނީސާ އެ ކުޑް ކުއްޖައެކަނިކިޔޭއދްކިޔައިދިނުމަކީ މިބާވަތުގެ މައްސަލަތަކުގައި ކުށް ސާބިތުކުރުމަށް ގަބޫލުކުރެވޭ ހެއްކެއްކަން، ކުޑަކުދިންނަށް ޖިންސީ ގޫނާކުރާ މީހުންނާމެދު ޚާއްޞަ އެ ސލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގ 47 ގެ )ޅ( އިން އެނގެއެވެ. ނަމަވެސް، "ދާދި އަވަހަށް" ކިޔައިދިން ކިޔައިދި ނުމު އްކަމަށް ބަލާނީ ނުވަތަ އެކަމެއް ހިންގުމާ ދެމެދު "ގިނަދުވަސްތަކެއް ނުވަނީސް " ކުއްޖާ ކިޔާދީފައިވާ ކިޔައިދިނުމެއްކަމަށް ބަލާނީ މިންގަނޑަކީ ކޮބައިކަން، ނުވަތަ އެ ކިޔައިދޭ ކިޔައިދިނުން ހެއްކެއްކަމަށް ބަލައިގަނެވޭނީ އެކަމެއް ހިނގތަ ކިހާ ދުވަހެއްގެ ތެރޭގައި އެވެހަކާ ކިޔައިދިނުމުންކަން ޤާނޫނުގައި ބަޔާންކޮށްފައި ނުވެއެވެ.
40.5 މޫސާ ޖަމީލުގެ ފަރާތުން މި ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކުރިފަދައިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 281/HC-A/2016 ޤަޟިއްޔާގައި، ޙާދިސާ ހިނގިފަހުން 2 މަސްދުވަސް ވެފައިވުމަކީ ގިނަ ދުވަސްތަކެއް ވެފައިވުން ކަމަށް ފާހަގަކޮށްފައިވެއެވެ. މިކަން މިފަދައިން ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވެއެވެ.އެ ޤަޟިއްޔާއަށް ބަލާއިރު، އެކަން އެފަދައިން ފާހަގަކޮށްފައިވަނީ އްމައްސަލާގައި ކަންހިނގިގޮތުގެ މައްޗަށާއި އެ މައެ ސަލާގައި ބަޔާންކުރާ ކުއްޖާގ ޢުމުރުގެ މައްޗަށް ރިޢާޔަތްކޮށްގެންކަން އެނގެއެވެ.
40.6 ކުޑަކުދިންނާމެދު ހިންގޭ ޖިންސީ ގޯނާގެ ޢަމަލުތަކަކީ ގިނަ ފަހަރަށް އެ ކުޑަކުއްޖާ ދިރިއުޅޭ ޢއިލާގާ ތެރެއިން ނުވަތަ އެ ކުއްޖާއާއި ނުވަތައެ ކުއްޖާގެ ޢއިލާއާއ ގާތްކަން އޮންނަ . 27 ޖޫން 2021 ގައި އޮތް ޝަރީޢަތުގެ މަޖިލިސް. . އެފަދައިން ފާހަގަކޮށްފައިވަނީ އެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ 3.5 ގައެވެ. . ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 67/O8C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 14 ގެ "ހަވަނަ ކަމަކީ" )ޞަފްޙާ 29( ގައި މިކަން ފާހަގަކޮށްފައި ވެއެވެ. ފަރާތްތަކުން ހިންގާ ޢަމަލުތަކެއްކަންމިބާވަތުގެ މައްސަލަތަކުން ފާހަގަކުރެވެއެވެ. ވުމާއެކު، ޖިންސީ ގޯނާގެ ޢް މަލެއް ކުޑަކުއްޖަކާމެދު ހިނެ ގުމުން، އެވާހަކަ ހަމަ އެވަގުތު އެހެންމީހަކަށް ކިޔައިދިނުމަށް އެ ކުޑަކުއްޖާއަށް ނުކެރިދާނ ނުވަތަ އުނދަގޫވެދާނެއެވް.އަދި އެފަދަ ވާހަކައަކީ އެހެންމީހަކަށް ކިޔައިދޭންޖެހޭ ވާހަކައެއްކަން ނުވަތަ ކިޔައިދޭންވީ ކާކަށި،ކިހިނެތްކަންވެސް އެ ކުއްޖާގެ ޢުމުރާއި ހާލަތުގެ ގޮތުން ނޭނގެދިއުމުގެ ފުރުޞަތުވެސް އޮވދާނެއެވ.
40.7 ޖިންސީ ގޯނާކުރުމުގެ ޙް ދިސާއެއާކުޑަކުއްޖަކާ ކުރިމަތިވުމުން، އެކަން އެހެންމީހަކަށް ކިޔައިދުނުން ލަސްވުމުގައި އެކުއްޖާގުޢމުރި،ނަފްސާނީ ނުވަތަ ޞިއްޙީ ޚާއްޞަ ޙާލަތު، އެފަދަ ޢަމަލުގެ ޠަބީޢަތް އެނގޭ މިންވަރު، އަދި އެ ޢަމަލު ހިންގި ފަރާތާއި އެކުއްޖާއާއި އޮންނަ ގުޅުމާއްޢައިލީ ގާތްކަމުގެ މިނެވަރު ފަދަ ސަބަބުތެކއް ހުރެދާނެއެވެ. ވ މާއެކު، ކުޑަކުއްޖަކާމެދު ޖިންސީ ގޯނާގެ ޢަމަލެއް ހިނގުމުން، އެވާހަކަ ކިޔައިދީފައިވަނީ ދާދި އަވަހަށް ނުވަތަ ގިނަ ދުވަސްތަކެއް ނުވަނީސްތޯ ބަލައި އެކަން ކަނޑައެޅޭނީ ކޮންމެ މައްސަލައެއްގައި ހިމެނޭ، ބަޔާންކުރެވިދިޔަ ފަދަ ކަންކަމުގެ މައްޗަށް ބަލައިގެންނެވެ. ކުޑަ ކުއްޖަކާމެދަ ޖިންސީ ގޯނާގެ ޢަމަލެއް ހިނގުމާއެކު އެކަން ކިޔައިނުދެވި ލަސްވި ހާލަތްތަކުގައި، ބަޔާންކުރެވިދިޔަ ފަދް ކަންކަމާއް ހާލަތްތަކުގެ މައްޗަށ ޝަރީޢަތުން ރިޢާޔަތްކުރުމެއް ނެތި، އެ ކުޑަކުއްޖާ ކިޔައިދި ކިޔައިދިނުން މިފަދަ މައްސަލައެއް ސާބިތުކުރުމަށް ބޭނުން ނުކުރެވޭނެކަމަށް ކަނޑައަޅައިގެން ވާނެކަމަށް ނުފެނެއެވެ. މިފަދަ މައްސަލަތަކުގައި ކުޑަކުއްޖަކާމެދު ކަންވީގޮތް ވަގުތުން ކިޔައިނުދެވި ލަސްވި ސަބަބަކީ ނުވަތަ ލަސްވުމަށް މެދުވެރިވި ހާލަތަކީ ފަނޑިޔާރަށް ގަބޫލެ ކުރެވޭ ސަބަބެއް ނުވަތަ ހާލަތެއްކަމަށްވާނަމަ، ހަމައެކަނި ލަސްވި ލަސްވުމުގެ މައްޗަށް އެކަނި ބިނާކޮށް އެކުއްޖާ ކިޔައިދޭ ކިޔައިދިނުން ބަލައިނުގަނެ ދޫކޮށްލެވިގެން ވާނެކަމަށް ނުފެނެއެވެ.މިކަންކަން މިފަދައިން މި ކޯޓުގެ،ޕްރސިކިއުޓެ ރ ޖެނެރަލގް އޮފީސް ވ. ނިޒާރު ޢަބްދުލްކަރީމް ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވެއެވެ.
40.8 މި މައްސަލާގައި ހިމެނޭ ކުޑަކުއްޖާގެ އުމުރަށާއި، ކުޑަކުއްޖާއާއި އެ ކުއްޖާގެ އާއިލާއާއި މުސާ ޖަމީލުގެ އޮތް ގުޅުމާއި ގާތްކަމުގެ މައްޗަށާއި، އަދި އެ ވާހަކަ ކިޔައިނުދިނުމަށާއި، ކިޔައިދީފިނަމ ވެދާނެ ގޮތްކެ މަށް ބުނެ ކުޑަކުއްޖާއަށް މޫސާ ޖަމީލު ވިސްނައިދިން ގޮތުގެ މައްޗަށް ބަލާއިރު ކުޑަކުއްޖާއާމެދު މޫސާ ޖަމީލު ކަންކުރި ގޮތް ކިޔާއިނުދެވި ލަސްވި ލަސްވުމަކީ އެ ލަސްވުމުގެ މައްޗަށް އެކަނި ބަލައި، އެ ކުއްޖާ ކިޔައިދިން ކިޔައިދިނުމަކީ، އކަނެހިނގުމުން ދާދި އަވަހަށް ނވަތަ އެކަމެއް ހިންގުމާ ދެމެދު ގިނަ ދުވަސްތަކެއް ނުވަނީސް ކުއްޖާ ކިޔައިދިން ކިޔައިދިނުމެއްކަމުގައި ބެލެވެން ނެތް ސަބަބެއްކަމުގައި ނުފެނެއެވެ. ދައުލަތުގެ ފާރާތުން ފާހަގަކުރި ފަދައިން، ކުޑަކުއްޖާ ގެންގުޅުނު ފޯނުން ފެނުނުކަމަށް ބުނާ މަންޒަރުތަކެއް ފެނުމުން ކުއްޖާއާ ސުވާލުކުރުމުން، އެހިސާބުން ކުޑަކުއްޖާ ވަނީ ކަން ހިނގިގޮތް ކިޔައިދީފައެވެ. ކުޑަކުއްޖާ ގެންގުޅުނު ފޯނުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ފެނުމާއި، ހެކިންގެ ހެކިބަހާ ގުޅުވާލެވޭކަމަށް ބުނާ ބުނުން:
41މި ނުކުތާއާ ގުޅޭގޮތުން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވަނ؛
41.1 ކުއްޖާއަށް މޫސާ ޖަމީލް ފޯނުން އެކި އެއްޗެހި ދައްކާކަމަށާއި، އެ ދައްކާ އެއްޗެއްސާމެދު އަޅާނުލާކަމަށް ކުއްޖާގެ ބެލެނިވެރިން ބުނެފައިވާކަން އެފަރާތްތަކުގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ. ވުމާއެކު، އޮރިޔާން މަންޒަރު ދައްކުވައިދޭ އެއްޗެހި ދެއްކުމުގެ ފުރުސަތު އޮންނާނެކަން . ޕްރސިކިއުޓޮ ރ ޖެނެރަލްގެ އޮފީސް ވ. ނިޒާރު ޢަބްދުލްކަރީމް )2019/HC-A/547( ގެ 9 ވަނަ ނަންބަރު . ހެކިންގެ ހެކިބަހުން އެނގޭއިރު ކުއްޖާ ގެންގުޅުނު ފޯނުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ފެނުމާ ހެކިންގެ ހެކިބަހާ ގުޅުވާލެވޭކަމަށެވެ.
41.2 އަދި މި މައްސަލާގައި ތައްޔާރު ކުރެ ވިފައިވާ، މޮބައިލް ފޮރެންސިކް ރިޕޯޓުން މިމައްސަލައާ ގުޅުންހުރި އެއްވެސް މަޢުލޫމާތެއް ނުވަތަ އެއްވެސް ސައިޓަކަށް ވަދެފައިވާކަން އެނގެން ނެތުމުން ދެން ހުރި ހެކިތަކަށް އަސަރުކުރާ ކަހަލަގޮތަކަށް ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައި އޮންނަކަމަށާއި، ނަމަވެސް، މޮބައިލް ފޮރެންސިކް ރިޕޯޓު ހަދް ފައިވަނ ނުބައި ތާރީޚެއްގައިކަން ދަށު ކޯޓުގެ ޝަރީޢަތް ނިންމި ގޮތުގެ ރިޕޯޓަށް ބެލުމުންވެސް އެނގެންއޮންނަ ކަމަށާއި، އެކަން ވެފައިވާ ގޮތަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުލީލު ކޮށްފައި އޮންނަނީ ފޯނު ނެގި ތާރީޚުން ފެށިގެން ފަހުގެ ތާރީޚަށް 1 މަސް ދުވަހަށް ކަމަށެވެ. އަސްލުގައި މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބަލަން ޖެހޭނީ އޭގެ ކުރި ކަމުގައިވާނަމަ ފަހުގެ ތާރީޚަށް ބަލައިގެން އެއްވެސް އެއްޗެއް ފެންނާނެކަމަކަށް ދައުލަތުންވެސް ގަބޫލުނުކުރާ ކަމަށާއި އޭރު ފޯނު އޮންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށެވެ. މިއީ، ފުލުހުން ފޯނު ތަޙުލީލު ކުރިއިރު އަރުވާފަ އޮތް އޮޅުމެއްކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް، އެއީ، އެ އޮޅުމުގެ ސަބަބުން މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައި ހުރި އެހެން ހެކިތަކުގެ ބުރަދަނަށް އަސަރު ކުރަންޖެހޭނެ ސަބަބެއްކަމަށް ދައުލަތުން ގަބޫލު ނުކުރާ ކަމަށެވެ.
42މި ނުކުތާއާ ގުޅޭގޮތުން މޫސާ ޖަމީލުގެ ފަރާތުން ފާހަގަކޮށްފައިވަނީ؛
42.1 މި މައްސަލަ ފެންމަތިވެގެން ފުރަތަމަ އައިސްފަ މިވަނީ ކުއްޖާ ގެންގުޅެން ކުއްޖާގެ އަތަށް ދީފައި އޮތް ފޯނަކުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ކުއްޖާގެ ބޭބެ އެއާ ކުއްޖާގެ މަންމއަށަ ފެނުނު ހިސާބުންކަމަށާއި، ކުއްޖާގެ އަތުން ފޯނު އަތުލައި، ބެލިއިރު، އޮރިޔާން މަންޒަރު ދައްކުވައިދޭ ސައިޓަކަށް ވަދެ ފޮޓޯއާއި ވީޑިއޯ ބަލައި އެހުރިހާއެއްޗެއް ފޯނުގައި ހުރިކަމަށްކުއްޖާގެ ބޭބިދަށުކޯޓުގައި ބުނެފައވާކަމަށާއި، އަދ ކުއްޖާގެ މަންމަ ދަށު ކޯޓުގެ ޝަރީޢި ތަށް ދިން ބަޔާނުގައިވެސް ކުއްޖާ ގެންގުޅުނު ފޯނުގައި އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހުރިތަން ދެކުނުކަމަށް ބުނެފައްއޮންނަކަމަށެވެ. ނަމަވެސް އެފޯނު ފުލުހުން އެނަލައިޒް ކޮށް، ތައްޔާރުކޮށްފައިވާ، މޯބައިލް ފޮރެންސިކް ރިޕޯޓަށް ބަލާއިރް 2019 ޖުލައި 23 އިން 2019 އޮގަސްޓް 15 އާ ދެމެދު ވެބް ބްރައުޒިން ހިސްޓްރީ ލޮގެއް ފެނިފައިނުވާކަމަށާއި، އަދި މިފޯނު ތަޙުލީލު ކުރުމުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އަދ ވީޑިޔޯ ފެނިފައިނުވާކަމަށްވެސް މޯބައިލް ފޮރެންސިކް ރިޕޯޓުގައިބަޔާންކޮށްފއަ ވާ ކަމަށެވެ.
42.2 އަދި ކުޑަކުއްޖާ ގެންގުޅުނު ފޯނުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ފެނުނުކަމަށް ބުނަބުނުމުގެ މައްޗަށް ބިނާކޮށް މޫސާ ޖ މީލާ ދެކޮޅަށް، މީހަކު ޖިންސީ ޢަ މަލެއ ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތްފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއު ޖަކަށް ދެއްކުން ނުވަތަ އެފަދަ ޢަމަލެއް ހިންގާ އަޑެ ކުޑު ކުއްޖަކަށް އިއްވުމުގެ ކުށުގެ މައްޗަށް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 68/O8C/2019 މިޤަޟިއްޔާގައި ކުރި ދަޢުވާ ސާބިތުނުވާކަމަށެވެ. އަދި އެދަޢުވާ ސާބިތުނުވާކަމަށް ނިންމާފައިވާއިރު، އ މައްސަލަ ދައުލަތުން އިސްތިއުނާފް ކޮށްފައިނުވާކަންވެސް ފާހަގަކުރާކަމަށެވެ.
43ޕްރިސިޑެންސް 6މި ނުކުތާއާ ގުޅިގެން ޝަރީޢަތުން ފާހަގަކުރާ ކަންކަން؛
43.1 މިމައްސަލާގެ ވަޤާއިޢުތަކުގެ މައްޗަށާއި، ދައުލަތުގެ ބަހުގެ އިތުރުން، ކުޑަކުއްޖާގެ މަންމައާއި ބޭބެގެ ބަހަށް ބަލާއިރުވެސް، މުސާ ޖަމީލު ކުޑަކުއްޖާއާ ބެހުނުކަމަށް ބުނާ ޙާދިސާ ފެންމަތިވީ، އެ ކުއްޖާ ގެންގުޅުނު ފޯނުން އެފަދަ ފޮޓޯއާއި ވީޑިއޯ އެ ކުއްޖާގެ ބޭބެއާއި މަންމައަށް ފެނިގެންއެކަމާ ގުޅޭ ގޮތުން އެކުއްޖާގެ މަންމަ އެ ކުއްޖާއާ ސުވާލުކުރުމނު، ފޯނަށް އެ އެއްޗެހި އަޅައިދިނީ މޫސާ ޖަމީލު ކަމަށް އެ ކުއްޖާ ބުނި ހިސާބުންކަން އެނގެއެވެ.
43.2 ކުއްޖާ ގެންގުޅުނު އެ ފޯނު ފުލުހުން ބަލައި އެނަލައިޒްކޮށް ތައްޔާރުކޮށްފައިވާ މޯބައިލް ފޮރެންސިކް ރިޕޯޓަށެ ބަލާއިރު، ފުލުހުން އެ ފޯނު ބަލައި އެނަލައިޒް ކޮށްފައިވަނީ ދައުލަތުގެ ފަރާތުން ބުނި ފަދައިން ހަމައެކަނި އެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތާރީޚުގެ ފަހަށް ނޫންކަން އެނގެއެވެ. ކުޑަކުއްޖާ ގެންގުޅުނު ފްނުން އޮރިޔާން މަންޒަރު ދައްކުވޯ އިދޭ ސައިޓްތަކަށީ ވަދެފައިވާކަމަށާއި އެފަދަ ފޮޓޯއާއި ވީޑިއޯ އެ ފޯނުގައި ހުރިކަން އެނގިފައިވަނީ 2019 ޖެލައިމަހުގައި ކަމަށްވާއިރު، ފުލުހުން އ ފޯނު އެނަލައިޒްކޮށް ބަލާފައިވަނީ، 30 ޖޫން 2019 އިން ފެށިގެން 15 އޮގަސްޓް 2019 އާ ހަމައަށް، އިންޓަރނެޓް މެދުވެރިކޮށް ބްރައުޒްކޮށްފައް ވާ ވެބްސައިޓްތައް ބެލުމަށާއި، އަދި އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހުރިތޯ ބެލުމަށްކަން އެ ރިޕޯޓުން އެނގެއެވެ. ފުލުހުން އެނަލައިޒްކޮށް ބެލި ބެލުމުން 23 ޖުލައި 2019 އިން 15 އޮގަސްޓް 2019 އާ ދެމެދު ވެބް ބްރައުޒިން ހިސްޓްރީ ލޮގެއް ފެނިފައިނުވިނމަވެސް، 30 ޖޫން 2019 އިން ފެށިގެން 22 ޖުލައި 2019 އާ ދެމެދު 439 ވެބް ބްރައުޒިން ހިސްޓްރީ ފެނިފައިވެއެވެ. 439 ވެބް ބްރައުޒިން ހިސްޓްރީ އެ ފޯނުން ފެނިފައިވާއިރު، އެ ވެބްސައިޓްތަކަކީ އޮރިޔާން . ކުޑަކުއްޖާ ގެންގުޅުނު ފޯނުން އޮރިޔާން އެއްޗެހި ކްރޯމްއިން ބަލާފަހުރިތަން ފެނުނުކަމަށް ކުއްޖާގެ ބޭބެއ 05 މާރިޗް 2020 ތާރީޚުގައި ކުރި އިންޓަރވިއުގްމައްޗަށް ބިނާކޮށް ތައްޔާރުކޮ ށްފައިވާ "މަޙުޟަރު ބަޔާން" ގައި ބުނެފައިވެއެވެ. . ކުއްޖާގެ މަންމަ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައެ 04 ފެބްރީ ވ ރ 2020 ތާރީޚުގައި ހެކިބަސް އަދާކޮށް ދެއްކި ވާހަކަތަކުގެ "މަޙުޟަރު ބަޔާން" )ޞަފްޙާ 281( ގައި، އެފަދަ ފޮޓޯއާއި މަންޒަރު ކުޑަކުއްޖާ ގެންގުޅުނު ފޯނުން ކުއްޖާގެ މަންމައަށް ފެނިފައިވާކަމަށް ބުނެފައިވޭ. . ރިޕޯޓު ނަންބަރު: H1(a)/MFR/2019/195 "މޯބައިލް ފޮރެންސިކް ރިޕޯޓް" )21 އޮގަސްޓް 2019.( މަންޒަރު/ ވީޑިއޯ ފެންނަ ވެބްސައިޓްތަކެއްކަމަށް ބުނެފައި ނުވެއެވެ. އެރިޕޯޓުގައި ފާހަގކޮށްފައިވަނީ އެފަދަ ފޮޓޯއާއި ވީޑިއޯ އެ ފޯނުން ފެނިފައިނުވާކަމަށެވެ.
43.3 ކުޑަކުއްޖާ ގެންގުޅުނު ފޯނު ތަޙުލީލުކުރުމަށާއި ޑޭޓާ އެކްސްޓްރެކްޓް ކުރުމަށް ފުލުހުންގެ ފޮރެންސިކް ސަރވިސަސް ޑިޕާރޓްމަންޓުގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި ބޭނުންކޮށްފއިވ ސޮފްޓްވެއަރ / ޑިވައިސްތަކަށް ބަލާއިރު، އެއް ކުޑަކުއްޖާ ގެންގުޅުނު ފޯނަށް އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ މޫސާ ޖަމީލު އަޅައިދީފައިހުރިނަމަ، އަދި މޫސާ ޖަމީލު ކިޔައިދީ، ދަސްކޮށްދީގެން ނަމަވެސް، އޮރިޔާން މަންޒަރު ދައްކުވައިދޭ ސައިޓްތަކަށް އަފޯނުން ކުޑަކުއްޖާ ވަދެފައިވާނަމަ، އެކަން ދަނެގަނެވި، އެފަދަ ފޮޓޯއާއި ވީޑިއޯ ޑިލީޓްކޮށްފައިވާނަމަވެސ އެކްސްޓްރެކްޓްކޮށް، ރިކަވރ ކުރެވޭނެ ޑިވައިސް އަދި ސޮފްޓްވެއަރ އެއްކަން އެނގެއެވެ.
43.4 ވުމާއެކު، ކުޑަކުއްޖާ ގެންގުޅުނު ފޯނުން އެފަދަ ވެބްސައިޓްތަކަށް ވަދެފާ އިވާކަމަށާއި، އެފަދަ ފޮޓޯއާއި ވީޑިއޯ އެފޯނުން ފެނުނުކަމަށް ކުޑަކުއްޖާގެ ބޭބެއާއި މަންމަ ބުނެ އެކަން މޫސާ ޖަމީލުއ ގުޅުވާލި ގުޅުވާލުމާ އަދި މޫސާ ޖަމީލު ކުޑަކުއްޖާއާ ބެހުނުކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކުގެ ތެދުކަމާމެދު ސުވާލުއުފެދޭކަން ފާހަގަކުރެވެއެވެ.ކުޑަކުއު ޖ ގެންގުޅުނު މޮބައިލް ފޯނު ތަޙުލީލުކުރުމުން، އ ރިޔާން މަންޒަރު ދައްކުވައިދޭ ފ ޓޯއާއި ވީޑިއޯ ފެނިފައިނުވުމުން، މ މައްސަލާގައި ކަން ހިނގިގޮތްކަމަށް ބުނެ ކުއްޖާގެ މަންމައާއި ބޭބެގެ އިތުރުން، އަދި އެފަދަ މަންޒަރު އެ ފޯނުން ދެއްކިކަމަށް ކުއްޖާ ބުނި ބުނުމާއި، އެ ފަރާތްތަކުން މި ޙާދިސާ ހިނެ ގައިދިޔ ގޮތްކަމަށް ބުނެ ކިޔައިދީފައިވާ ވާހަކަތަކުގެ ތެދުކަމާމެދު ސުވާލުއުފެދިދާނެކަން ދަށު ކޯޓުގ ރިޕޯޓުގައި ފާހަގަކޮށްފައިވާނީ ރަނގަޅަށްކަމަށް ފެނެއެވެ. . ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 67/O8C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 14 ގެ "ތިންވަނަކަމަކީ" ގައި )ޞަފްޙާ 19 – 21 އަށް( މިކަން ފާހަގަކޮށްފައި ވެއެވެ. ކުޑަކުއްޖާ ގެންގުޅުނު ފޯނުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިގެން ކުއްޖާގެ މަންމަ މޫސާ ޖަމީލަށް ގުޅުމުން މޫސާ ޖަމީލު ސޮރީއޭ މަޢާފުކުރާށޭ ބުނިކަމަށާއި، މޫސާ ޖަމީލުގެ ފޯނު ކުއްލިއަކަށް ގެއްލުނުކަމަށާއި އަދި ކުޑަކުއްޖާ އުޅޭ ގެއަށް މޫސާ ޖަމީލު އައުން ހުއްޓާލިކަމަށް ބުނާ ބުނުން:
44ދައުލަތުގެ ފަރާތުންބުނަނީ، ކުޑަކުއްޖާ ގެންގުޅުނު ފޯނުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިގެން އަދި އޮރިޔާން މި ނަޒަރު ދައްކުވައިދޭ ސައިޓްތަކަށް ވަދެފައިވާކަން އެނގިގެން، އަދ އެ ފޮޓޯއާއި ވީޑިއޯ އަޅައިދިނީ، އަދި އެފަދަ ސައިޓްތަކަށް ވަންނަން ކިޔައިދިނީ މޫސާ ޖޭ މީލުކަމަށ ކުޑަކުއްޖާ ބުނުމުން، ކުއްޖާގެ މަންމަ މޫސާ ޖަމީލުއާ ގުޅުމުން، ސޮރީއޭ އެއްފަހަރަށް މަޢާފުކުރާށ މޫސާ ޖަމީލު ބުނެފައިވުމުން، އެފަދަ ކަމެއް ހިނގާފައިވާކަމަށް ބެލެވޭކަމަށާއި، އެފަދައިން ޢަމަލުކުރިކަމުމެދު މޫސާ ޖަމީލުގެ ފަރާތުން ތަޙީ ޤީޤުގައާއި ޝަރީޢަތުގައިވެސް އިންކާރުކޮށްފައިނުވާތ އެކަމަކީ ޙަޤީޤަތުގައިވެސް ހިނގާފައިވާކަމެއްކަމަށް ދައުލަތުން ޤަބޫލުކުރާ ކަމަށެވެ. އާ ދ މިމައްސަލާގައި ބަޔާންކުރާ ޙު ދިސާ ހިނގިއިރު މޫސާ ޖަމީލް ގެންގުޅުނު ފޯނު ކުއްލިޔަކަށ ގެއްލުނުކަމަށް ބުނެ މޫސާ ޖަމީލުގެ ފަރާތުން ތަޙުޤީޤުގައި ފާހަގަކޮށްފައިވާތީ މޫސާ ޖަމީލުގެ މައްޗަށ ކުރެވޭ ތުހުމަތު އިތުރަށް ބޮޑުވެގެންދާކަމަށެވެ. މީގެ އިތުރުން، މޫސާ ޖަމީލަކީ ދުވާލުގެ އެކިވަގުތުތަކުގައި ކުއްޖާ ދިރިއުޅޭ ގެއަށް އައިސް އައިސް ހުރި މީހަކަށްވާއިރު، މިހާދިސާ ފެންމަތިވުމުން އެގެއަށް އައުން ހުއްޓާ ލުމުން، މޫސާ ޖަމީލަށް ކުށެއް ކުރެވުނުކަމަށް އޭނާއަށް ގަބޫލްކުރެވުނު ކަމަށް ބެލެވޭކަމާއި، އެކަމް ކުޑަކުއްޖާގެ މަންމަގެ ގާތު މާފަށް އެދުމާ ގުޅުވާލެވޭ ކަންވެސް ފާހަގަކުރެވޭކަމުގައި ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ.
45ޕްރިސިޑެންސް 5ކުއްޖާގެ މަންމަ، މޫސާ ޖަމީލުއާ ގުޅުމުން، ސޮރީއޭ އެއްފަހަރަށް މަޢާފުކުރާށޭމޫސާ ޖަމީލު ބުނެފައިވާކަމަށް ކުއްޖާގެ މަންމަ ބުނެފައިވީނަމަވެސް،އެފަދައިން ބުނެ މަޢާފަށް އެދުނުކަމަށް މޫސާ ޖަމީލު ބުނެފައި ނުވެއެވެ. މޫސާ ޖަމީލު ބުނެފައިވަނީ މި މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ހުށަހޅިކަމަށެ ކުއްޖާގެ މަންމަ އެއްދުވަހަކު ގުޅާފައި ބުނިކަމަށާއި، މޫސާ ޖަމީލު ދައްކާވާހަކަވެސ އަޑުއަހާބަލާށޭ ބުނެބުނެ ހުއްޓައި އޭނާ ދައްކަން ބޭނުން ވާހަކަ ދެއްކުމަށްފަހު ފޯނު ކަނޑާލީ ކަމަށާއި، އޭގެ ފަހުން ކުއްޖާގެ މަންމައާ ފޯނުން އެއްވެސް ވާހަކައެއް ދެކެވިފައި ނުވާކަމަށެވެ. އަދި މޫސާ ޖަމީލުގެ ފޯނު ގެއްލިފައިވަނީ ސައިކަލުގެ ވަށިގަނޑުގައި ބޭއްވުމަށްފަހު، ހަނދާންނެތިގެން ނުނެގި އޮއްވައިކަމަށްބު ނ އެކަން ވީގޮތް ތަޙުޤީޤުގައި މަސާ ޖަމީލުކިޔައިދީފައި ވެއެވެ. އަދި ކޑާ ކއްޖ އުޅޭ ގެއަކީ މޫސާ ޖަމީލު ކުރިން ގޮސްގސޮ އާޅުނު ގެއަކަށް ވާއިރު، މޫސިޖަމީލުގެ މައްޗަށް ތުހުމަތުކުރެވުނު މްޙާދިސާ ކުއްޖާގެ މަންމަ ރިޕޯޓުކޮށް އެކަން މޫސާ ޖަމީލަށް އެނގުމުން، އެގެއަށް ދިއުން ހުއްޓާލުމަކީ ޢާންމު އިންސާނެއްގެ މިންގަނޑުން ވިސްނާއިރުވެސް އެކަން ވާނެކަމަށް ގަބޫލުކުރެވޭ ގޮތްކަމާއި، އެގެއަށް ދިއުން އެހިސާބުން ހުއްޓާލި ހުއްޓާލުމަކީ މޫސާ ޖަމީލަށް ކުށެއް ކުރެވުނުކަމަށް އޭނާއަށް ގަބޫލެ ކުރެވުނު ކަމަށް، އެކަމުގެ މައްޗަށް އެކަނި ބިނާކޮށް ބެލެވިދާނެ ކަމެއްކަމުގައި ނުފެނެއެވެ. ކުއްޖާގެ ބަހަކީ އާދަޔާ ޚިލާފަށް ތެދު ބަހެއްތޯ ބެލުން:
46ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން މި ކޯޓުގައި އިސްތިއުނާފުކޮށް،ދައުލަތުގެ ފަރާތުން ދެއްކި ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނ، މި ރިޕޯޓުގެ 13 ވަނަ ނަންބަރުގައި ފާހަގަކުރެވިފައިވާ ފަދައިން، ކުއްޖާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނާއި އެބަޔާނުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގއާއ، ކުއްޖާގެ މަންމައަށް ކުއްޖާ ކިޔައިދިން ކިޔައިދިނުމާއި، ކުއްޖާގެ އިޖުތިމާޢަ ޙާލަތު ބަޔާންކުރާ އެސެސްމެންޓް ރިޕޯޓު ތައްޔާރުކުރި އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯރކަރ ޚަދީޖާ ރައޫފާ ޢަބްދުއްރަޙީމަށް ކުއްޖާ ކިޔައިދިން ކިޔައިދިނުމާއި، ކުއްޖާގެ އަތުން ފެނުނު އޮރިޔާން މަންޒަރު ދައްކުވައިދޭ ސައިޓުތަކަށް ވަދެފައިވާ ފޯނު ބެލި ފަރާތްތަކުގެ ހައިސިއްޔަތުން ކުއްޖާގެ ބޭބެއަށ ކިޔައިދިން ކިޔައިދިނުމާއި، ކުއްޖާގެ އެސެސްމެންޓް ރިޕޯޓުގައި ކުއްޖާ ދައްކާފަހުރި ވާހަކަތަކާއި، ކުއްޖާގެ މެޑިކޯ ލީގަލް ކޭސް ރިޕޯޓާއި ކުއްޖާ ދައްކާފައިވާ ވާހަކަތަކާ ދިމާވް ފައިވުމާއި، އެކަން ކުއްޖާގެ މެޑިކޯ ލީގަލް ކޭސް ރިޕޯޓު ތައްޔާރުކުރި ޑޮކްޓަރު ޝަރީޢަތުގެ މަޖިލީހުގައި ކަށަވަރުކޮށްދީފައިވުމުނ މި މައިސަލާގައި ކުއްޖާއާމެދު ހިންގި ޢީމަލުކަމަށް ކުއްޖާ ބުނެ ކ ޔައިދީފައިވާ ކިޔައިދިނުމަކީ ހަޤީ ގަތެއްގ މައްޗަށް ބިނާކޮށް ކިޔައިދީފައިވާ ކިޔައިދިނުމެއްކަމަށް ދައުލަތުން ގަބޫލުކުރާކަމުގައެވެ.
47ކުޑަކުދިންނަށް ޖިންސީ ގޫނާކުރާ މީހުންނާމެދު ޚާއްޞަ އޯސލުތަކަކަށ ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި 12 ބާވަތެއްގެ ހެކި ވަކިވަކިން ލިސްޓްކޮށްފައި އެވަނީ އެކުއްޖާގެ ހެކިބަހަކީ އެއީ އާދަޔެ ޚިލާފަށް ތެދުކަމަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމުގެ ގޮތުން ފަނޑިޔާރުންނަށް ބޭނުންކުރެވިދާނެ ވަސީލަތެއްގެ ގޮތުގައިކަމަށް ނުވަތަ ހެކިބަސް ކޮރޮބޮރޭޓްކުރުމުގެ ވަސީލަތެއްގެ ގޮތުގައި ކަމަށާއި، އ 12 ބާވަތުގެ ހެއްކަކީ އެކަތި އަނެކައްޗާ މުޅިން ވަކިވެފައިވާ މުސްތަޤިއްލު ހެކީގެ ގޮތުގައި ނޫންކަމަށާއި، ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ޢަމަލުތައް ހިންގަން އެކަހެރި ތަންތަނުގައި ސިއްރުން ކަމަށްވުމާއިއެކު މިނިވަން މުސްތަޤިއްލު ގިނަ ހެކިތަކެއް ގިނަ ޙާލަތްތަކުގައި ނުހުންނާނެތީ، މިޤާނޫނުން އެގޮތަށޭ ޤަބޫލުކޮށްފައި އެވަނީ ކުށް ސާބިތުކުރުމުގެ މިންގަނޑު ލުއިކުރުމުގެ ބ ނުމުގައިކަމަށް ދިވެހިރާއްޖޭގެ ސ ޕްރީމް ކޯޓުގި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު މައްސަލާގައި ފާހަގަކޮށްފައިވެއެވެ. އަދި އަނިޔާ ލިބުނު ކުޑަކުއްޖާގެ ހެކިބަހުގެ މައްޗަށަބިނާވެފައިވާ، ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ކުޑަކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ ހެކިބަހަކަށްވާނަމަ، އ ހެކިބަހުގެ މައްޗަށް ދެޢ ވާ ސާބިތުކުރެވޭން ކަމަށްވެސު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/77 ޤަޟިއްޔާގައި ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން، އަނިޔާ ލިބުނު ކުއްޖާގި ބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި . ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙް މަދު މުޚްތާރު )ނަންބަރ 2019/SC-A/77( ޤަޟިއްޔާގެ 46 ވަނަ ނަންބަރުގައި . ބޭރުފުށުން އެއްގޮތްވޭތޯ އާއި ޝަކުވާ އުފުލި ފަރާތުގެ އަޚުލާގާއި ޢަމަލުތަކެ އ، ކުއްޖާގެ އުޅުން ހުންނާ ގޮތުގެ މައްޗަށާއި، ކުއްޖާ މުއްތަހަމާބެހޭ ގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ބެލިދާނެ ކަމަށާއި، އަދި މިކަންކަން ކުރުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ ތެރެއިން އެ މައްސަލައެއްގައި ލިބެންހުރި ހުރިހާ ވަސީލަތްތައް ބޭނުން ކުރެވިދުނެ ކަމަށްވެސް ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ އިސްވެ ބަޔާންކުރެވިދިޔަ ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.
48ކުޑަކުދިންނަށް ޖިންސީ ގޯނު ކުރުމާ ގުޅާ މިފަދަ މައްސަލަތަކުގައި ހުށަހެޅޭ ގިނަ ހެކިތަކަކީ އެފަރާތަކާމެދ ކުށުގެ ޢަމަލު ހިންގުނުކަމަށް ބުނާ ކުޑަކުއްޖާ ބުނާ ބުނުމުގެ މައްޗަށް ބިނާވެފައިހުންނަ ހެކިތަކެކެވެ. ވުމާއެކު، އެ ހާދިސާ އެކިފަހަރު އަދި އެކި މަޙައްލުތަކުގައި ކުޑަކުއްޖާ ކިޔައިދިކިޔައިދިނުމުގައ ހުރެދާނެ ފުށުއެރުންތަކަށާއ، އަދި އެއީ ހަޤީޤަތެއްނެތި އަލަށް އުފައްދައިގެން ދައްކަފާނެ ވާހަކައެއްކަމުގެ މައްޗަށް ބުރަވެވޭފަދަ ކަންތައްތަކެއް ހުރިތޯ ނުވަތަ ނެތްތޯ ޝަރީޢަތުން ބަލައި، އެކަންކަން ވަޒަންކުރަންޖެހޭނެއެވެ. އެގޮތުން އެކަންކަން ބަލް އ ވަޒަންކުރާއިރު، ކުޑަކުއްޖަކު އެފަދަ ވާހަކައެއް ކިޔައިދޭއިރު، ހުރެދާނެކަމަށް ގަބޫލުކުރެވޭ ކުދިކުދި ފުށުއެރުންތަކަކީ އެ ފުށުއެރުންތަކުގެ ސަބަބުނ މައްސަލަ ސާބިތުނުވާކަމަށް ކަނޑައެޅިދާނެ ކަމެއްކަމުގައި ނުފެނެއެވެ. ކުއްޖާގެ އުމުރާއި، އެފަދަ ކަމެއް ދިމާވުމް ން ކުއްޖާއަށް ކުރިމަތިވާ ނަފްސާނީ ހާލަތާއި، އަދި ކުރިމަތިވާ ލަދުވެތިކަމުގެ ސަބަބުންވެސް، އެ ފަދަ ހާދިސާއެއް ސިފަކޮށް ކިޔައިދިނުމުގައި އުނދަގޫވެ، ބައެއް ފުށުއެރުން ހުންނަ ފަދައަކުންވެސ އެފަދަ ވާހަކައެއް ކިޔައިދެވިފައި ހުރެދާނެއެވެ. ނަމަވެސް ތުހުމަތުކުރެވޭ ފަރާތުގެ ޙައްޤުވެސް އިހުމާލުކޮށްލެވިގެން ނުވާނެއެވެ. ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުމުގައި ގަބޫލުނުކުރެވޭވަރުގެ ފުށުއެރުން ހުރިނަމަ، ނުވަތަ އެކަމާ ގުޅޭ ގޮތުން އެ ކުއްޖާއާއި، އެ ކުއްޖާ އެވާހަކަ ކިޔައިދިން ފަރާތްތަކުން ދައްކާ ވާހަކަތަކުގައި ފުށުއެރުންތަކެއުހުންނަ ހާލަތުގައި އެވާހަކަތަކުގެ ތެދުކަމާމެދު ސުވާލާ އުފެދޭނަމަ، ނުވަތަ އެކުށުގެ ޢަމަލަކީ މުއްތަހަމު ކޮށްފައިވާ ޢަމަލެއްކަމާމެދު އެކަށީގެންވާ ޝައްކެއް ނުވަތަ ޝައްކުތަކެއް އުފެދިފައިވާނަމަ، އެމުއްތަހަމުގެ މައްޗަށް އެކުށް ސާބިތުވާކަމަށް ކަނޑައެޅިގެން ނުވާނއ ވެ.
49ކުޑަކުއްޖަކު އޭނައާމެދު މީހަކު ޖިންސީ ގޯނާ ކޮށްފައިވާކަމަށް ބުނެ ޙަޤީޤަތާ ޚިލާފު ވާހަކައެއް އުފައްދައިގެން ދެއްކުމަކީ ދުރުކަމެކެވެ. އަދި ކުއްޖާގެ މަންމަ ނުވަތަ ބައްޕަ އެމީހުންގެ ކުޑަ ދަރިފުޅަކ ކައިރީގައި މީހަކާބެހޭގޮތުން، ޙަޤީޤަތާ ޚިލާފަށް އެފަދަ ވ ހަކައެއް ދެއްކުމަށް ބުނުމަކީވެސ ނާދިރުކަމެކެވެ. ނަމަވެސް، މިފަދަ މައްސަލައެއްގައި ކުޑަކުއްޖަކު ބުނާ ބުނުމަކީ ނުވަތަ ކިޔައިދޭ ކިޔައިދިނުމަކީ އެވާހަކަ ކިޔައިދިނުމުގައި ހުންނަ ފުށުއެރުންތަކަށާއި އެ ކުއްޖާއާމެދު ކަންވީގޮތްކަމަށް އެކުއްޖި ކިޔައިދިން މީހުންގެ ބަހާއި، ލިބިފައިވާ އެހެނިހެންވެސް ހެކިތައް ވަޒަންކުރުމެއްނެތި ހަމައެކަނި އެ ކިޔައިދިނުމުގެ މައްޗަށް ބަލައި ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެކަމެއްކަމުގައި ނުދެކެމެވެ.
50މޫސާ ޖަމީލުގެ ފަރާތުން ފާހަގަކޮށްފައިވަނީ ކުއްޖީގާ ބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ ހަޤަ ގަތެއްތ ބަލާއިރު ކުއްޖާ ކިޔައިދޭ ވާހަކަތަކުގައި ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނެ ފަދަ ތަފްސީލުތައް ނެތްކަމުގައެވެ. ދައުލަތުން ދެއްކި ވާހަކަތަކުގައިވެސް، މި މައްސަލގައާ ކުއްޖާގެ ބަޔާން ނެގުނު އިރު އ ޑިއޯ ވީޑިއޯ ރެކޯޑު ކުރެވިފައި ވާކަމަށާއި، މައްސަލައާ ގުޅިގެން ކުރެވުނު މައިގަނޑު ސުވާލުތަކަށް ޖަވާބު ދީފައިވާއިރު، ކުއްޖާ މި ވާހަކަ ކިޔައިދިނުމުގައި ކުޑަކޮށް ފަސްޖެހުންތަކެއް ހުރިކަމަށް ބުނެފައިވެއެވެ.
51މި މައްސަލާގައި ފުށުއެރުންތަކެއް ހުރިތޯއާއި އެ ފުށުއެރުންތަކަކީ މި ހާދިސާ ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި އެކަށިގެންވާ ޝައްކުތަކެއް އުފެދޭފަދަ ފުށުއެރުންތަކެއްތޯ ބަލާއިރު؛ . ދިވެހިރާއްޖޭ ހައިކޯޓުގެ ޝަރީޢަތުގައި 27 ޖޫން 2021 ގައި ދެއްކި ވަހަކތަ ކުގައި. . ދިވެހިރާއްޖޭ ހައިކޯޓުގެ ޝަރީޢަތުގައި 27 ޖޫން 2021 ގައިދައުލަތުގެ ފަރާތުނަދެއްކި ވަހަކތކުގައި.
51.1. މުސާ ޖަމީލު ކުއްޖާގެ ކުރިމަތިފަރާތަށް އިނގިލި ކޮށްޕުމުން ލޭއައިކަމަށާއި އެއީ 2019 އޭޕްރީލް މަހުގައި ކަމަށް ކުޑަކުއްޖާ ބުނެފައިވާއިރު، ކުއްޖާގެ މަންމަގެ ތަޙުޤީޤު ބަޔާނުގައި ބުނެފައިވަނީ، މުސާ ޖަމީލު އިނގިލި ކޮއްޕުމުން ލޭއައިކަމަށް ކުއްޖާ ބުނެފައިވަނީ 2019 މާރިޗް 24 ގައިކަމަށް ވެ. އަދި ކުއްޖާގެ އިޖުތިމާޢީ ޙެލަތު ވަޒަންކުރާ އެސެސްމެންޓް ރިޕޯޓު ތައްޔާރުކުރުމަށް ދިން މަޢުލޫމާތުގައިވެސް ކުއްޖާގެ މަންމަ ބުނެފައިވާކަމަށް ފާހަގަކޮށްފައިވަނީ އެކަނ ހިނގާފައިވަނީ 2019 މާރިޗު މަހުގައި ކަމަށެވެ. ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކުއްޖާގެ މަންމަ ބުނެފައިވަނީ އެއީ ކޮންދުވަހެއް، ކޮން ތާރީޚެއްކަން ނޭނގޭކަމަށާއި އެއީ މޭމަހ ކޮންމެވެސް އެއްޗެއް )ދިވަހެއް( ކަމުގައެވެ. އަދި އެދުވަހު ކުއްޖާ ޞިއްޙީ މަރުކަޒަށް ދެއްކިކަމަށް ބުނެފައް ވާއިރު، އެކަން އެނގޭނެ އެއްވެސް ލިއުމެއް ހުށަހެޅިފައި ނުވެއެވެ. މިކަން ދަށު ކޯޓުގެ ރިޕޯޓުގައިވެސް ފާހަގކޮށްފައިވެއެވެ.
51.2. ކުއްޖާގެ ބަޔާނުގައި، އެއްދުވަހު ބޭބެ ގާތުގައި މިއީ ޖަމީލުބެ ޖަހައިދިން އެއްޗެކޭކިޔާފަ، ޖަމީލުބ ފޯނުގައި ޖަހައިދިން އެތި ބޭބެއަށް ދެއްކިކަމަށާއި، ދެން ބޭބެ އެވާހަކަ މަންމަކައިރީގައި ބުނީ އެއެއްޗެހި މަންމައަށް ދެއްކުމުން އެވާހަކަ މަންމައަށް ކިޔައިދިން ކަމުގައި ބުނެފައިވާއިރު، ކުއްޖާގެ ބޭބެގެ ތަޙުޤީޤު ބަޔާނަގައި، ކުއްޖާ ގ ންޅުނު ފޯނު ޗެކްކުރީ ކުއްޖާގެ ޢް މަލުތައ ހުންނަގޮތުން ޝައްކުވެގެން ކަމަށާއި، ޗެކްކޮށް ބެލިއިރު، ބަރަހަނާ ސައިޓްތަކަށް ފޯނުން ވަދެފައިވުމުނ އެކަމާމެދު ކުއްޖާއާ ސުވާލުކުރުމުން ކުއްޖާ އެއްވެސް އެއްޗެކޭ ބުނެފައި ނުވާކަމަށެވެ.
51.3. ކުއްޖާގެ ބޭބެގެ ތ ޙުޤީޤަ ބަޔާނުގައި، ކުއްޖާ ގެންގުޅުނު ފޯނު ޗެކްކުރީ ކުއްޖާގެ ޢަމަލުތައް ހުންނަގޮތުން ޝައްކުވެގެންކަމަށް ބުނެފައިވާއިރު، ކުއްޖަގެ މަންމަ ދަށު ކޯޓުގެ ޝަރީޢަތުގައި . ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 67/O8C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 14 ގެ " ހަތަރވަނަކަމަކީ" )ޞަފްޙާ 24 އަދި 25( ގައި މިކަން ފާހަގަކޮށްފައި ވެއެވެ. ބުނެފައިވަނީ ކުއްޖާ ގެންގުޅޭ ފޯނަކީ ކުއްޖާގެ ބޭބެ ގެންގުޅުނު ފޯނަކަށްވުމުން، ކުއްޖާގެ ބޭބެގެ ފ◌ ނަށް އޭގެ މެސެޖްތަކެއް އަންނަން ފެށުމުން ކުއްޖާގެ ބޭބެ ކުއްޖާގެ މަންމަ ކައިރީގައި، ކުއްޖާ ގެންގުޅޭ ފޯނު ދީބަލާށޭ ބުނުމުން ފޯނު ދިނުމުންކަމަށެވެ.
51.4. ބަރަހަނާ ފޮޓޯއާއި ވީޑިއޯ، ކުއްޖާ ގެންގުޅުނު ފޯނުން ފެނިފައިވާކަމަށް ވަނީ، ކުއްޖާގެ މަންމަގެ ތަޙުޤީޤު ބަޔާނުގެ މައްޗަށް ބަލާއިރު، 2019 ޖޫންމަހުގެ ތެރޭގައެވެ. ކުއްޖާގެ ބޭބެ ތަޙުޤީޤުގައި ބުނެފައިވާ ގޮތުން އެއް 2019 ޖުލައި މަހެވެ.
51.5. ކުއްޖާގެ މަންމަ 30 ޖުލައި 2019 ގައި ތަޙުޤީޤަށް ދިން ބ ޔާނުގައި، ކުއްޖާ ގެންގުޅޭ ފޯނުގައ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހުރިކަމަށް ކުއްޖަގެ ބޭބެ ބުނިކަމަށާއި އެއް، 2019 ޖޫންމަހުތެރޭގައި ކަމަށާއި، ދެން އެކަމާ ސުވާލުކުރުމުން އެ އެއްޗެހި ފޯނަށް އަޅއިދިނީ މުސާ ޖަމީލުކަމަށާއި އަދި މޫސާ ޖަމީލު އިތުރުކަމެއް ކުރިތޯ ކއްޖް ގާތު އެހުމުން، ޖިންސީ ގޯނާ ކޮށްފައިވާކަމަށް ކުއްޖާ ބުނިކަމަށް ބުނެފައިވާއިރު، ކުއްޖާ އެކަމާ ގުޅިގެން ޑޮކްޓަރަށް )ގަން ރީޖަނަލް ހޮސްޕިޓަލަށް( ދައްކަފައިވަނ 2019 ޖުލައި 22 ގައިކަމަށް ކުއްޖާގެ މަންމަ ބުނެފައިވެއެވެ. ކުއްޖާގެ މަންމަ ތަޙުޤީޤަށް ބަޔާންދީފައިމިވަނީ 30 ޖުލައި 2019 ގައެވެ. ކުއްޖާގެ ބޭބެގެ ބަހަށް ބަލާއިރު، ކުއްޖާ ގެންގުޅުނު ފޯނުން ބަރަހަނާ ފޮޓޯއާއި ވީޑިއޯ ބަލާފައިވާކަމަށް ވަނީ 2019 ޖުލައި މަހުގައެވް . ނަމަވެސް އެކަން އެނގުނުތާ ގިނެ ދުވަސްތަކެއް ނުވަނީސާކުއްޖާގެ މަންމަ ދީފައިވާ އެ ބަޔާނުގައި ކުއްޖާގެ ފޯނުން ބަރަހަނާ ފޮޓޯއާއި ވީޑިއޯ ފެނިފައިވަނީ 2019 ޖޫންގައި ކަމަށް ބުނެފައިވުމުން ސުވާލު އުފެދެއެވެ.
51.6. ކުޑަކުއްޖާގެ ފޯނުން ގޫގަލްއާއި ކްރޯމުގައި ލިޔެގެން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ މޫސާ ޖަމީލު ދައްކާކަމަށް ބުނެފައިވާއިރު، އަދި އެފަދަ ފޮޓޯއާއި ވީޑިއޯ އެ ފޯނުން . ކުއްޖާގެ މަންމަ 30 ޖުލައި 2019 ތާރީޚުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައވ ބަޔާނުގެ 13 ވަނަ ފޮޅުވަތް ބަލާ! . ކުއްޖާގެ ބޭބެ 10 އޮގަސްޓް 2019 ތާރީޚުގައި މޯލްޑިވްސް ޕޮލާސް ސަރވިސްއަށް ދީފައި ވ ބަޔާނުގެ 21 ވަނަ ފޮޅުވަތުން ފެށިގެން ބަލާ! ފެނުނު ކަމަށް ކުއްޖާގެ މަންމައާއި ބޭބެ ބުނެފައިވާއިރު، އެ ފޯނުގެ މ ބައިލޮ ފޮރެންސިކް ރިޕޯޓަށް ބަލާއިރު، މިފަރާތްތަކުގެ ބަހުގެ ޞައްޙަކަމާމެދު ސުވާލީ އުފެދިފައިވެއެވެ. އެކަމާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކާމެދު އެކަށީގެންވާ ޝައްކުތަކެއް އުފެދިފައިވެއެވެ.
51.7. ކުއްޖާއާ ކަރެވުނު އޯޑިއޯ ވީޑިޔޯ ރެކޯޑިންގ އަށް ބަލާއިރު، އިންޓި ރަވިއުކުރާ ފަރާތް އަދ އިންޓި ރޯވިއުގައި ބައިވެރިވާކަމަށް ބުނާ ހުރިހާ ފަރާތެއް ނުފެންނަކަން ފާހަގަކުރެވެއެވެ. އަދ ކުއްޖާ ވަކި އެއްޗެއް ބުނުމަށްފަހު، ވީޑިއޯއިން ނުފެންނަ މީހަކާކަމަށް ބެލެވޭ ފަރާތަކަށް ބެލުމަށްފަހު ބައެއްފަހަރު އެހެން ގޮތަކަށް ބުނެފައިވާކަން ފާހަގަކުރެވުނެވެ. ނިންމަން ފެންނަގޮތް:
52މި މައްސަލަ ފެންމަތިވީ ކުޑްކުއްޖާ ގެންގުޅުނު ފޯނުން، ބަރަހަނާ މަންޒަރާއި ވީޑިއޯ ކުއްޖާގެ ބޭބެއާއަ މަންމައަށް ފެނިގެން ސުވާލުކުރުމުން ކުއްޖާ ކިޔައިދިން ކިޔައިދިނުމުގެ މައްޗަށް ކަމަށްވާއިރު، ކުއްޖާ ގެންގުޅުނު ފޯނު ތަޙުލީލުކޮށް ބެލި ބެލުމުން އެފަދަ ސައިޓްތަކަށް ވަދެފައިވާކަން އަދި ނުވަތަ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ފެނިފައިވާނަމަ، އަދި މކަމާގުޅޭގޮތުން ކުއްޖައާއި ކުއްޖާ މިވާހަކަ ކިޔައިދިން، ބަޔާންކުރެވިދިޔަ ފަރާތްތަކުގެ ވާހަކަތަކުގައި، ފާހަގަކުރެވިދިޔަފަދަ ފުށުއެރުން ނެތްނަމަ، އަދި އެ ފުށުއެރުންތަކުން އުފެދޭ ޝައްކުތަކެއް ނެތްނަމަ، މި މައްސަލާގައި އަޅުގަނޑުގެ ރައުޔު ތަފާތުވީހެވެ.
53ނަމަވެސް، ފޯނު ތަޙުލީލުކޮށް ބެލި ބެލުމި ން އެފަދަ ސައިޓްތަކަށް ވަދެފައިވާކަން އެގެން ނެތުމުންނާއި، އަދި އެފަދަ ފޮޓޯއާއި ވީޑިއޯ އެ ފޯނުން ފެނިފައިނުވުމުގެ އިތުރުން، މި މައްސަލާގައި ހުރި ފާހަގަކުރެވިދިޔަ ފުށުއެރުންތަކުގެ މައްޗަށް ބަލާއިރު، މޫސާ ޖަމާ ލުގެ މައްޗަށް ހުށަހެޅުނު މި ދޢަ ވ ސާބިތުނުވާކަމަށް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭކަމަށ ނުފެނެއެވެ.
- ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އަދި (ނ)، 47 ވަނަ މާއްދާ (ޅ، އ ހިމެނޭގޮތަށް)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާ
- 2019/SC-A/77 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު)
- 2012/HC-A/14
- 2012/HC-A/129
- 2015/HC-A/150
- 2013/HC-A/332 (ޢަލީ ޝިވާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2011/HC-A/192
- 2016/HC-A/281
- 2019/HC-A/547 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނިޒާރު ޢަބްދުލްކަރީމް)
- ބެންޗު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ހާތިފް ޙިލްމީ، ޢަލީ ސަމީރު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ · ތާއީދުކުރެއްވީ: ހާތިފް ޙިލްމީ، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް