ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-JC/11
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މަރްޔަމް ޝާކިރާ، 2018/HC-JC/11
Prosecutor General v. Mariyam Shaakiraa 2018/HC-JC/11 (2018/HC-JC/11, High Court of the Maldives, 28 November 2019)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މަރްޔަމް ޝާކިރާ
މައްސަލައިގެ ޚުލާޞާ
ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުން ޝަރީޢަތުގެ މަޖިލީހުގައި ވި އިޢުތިރާފުން ކުށް ސާބިތުކޮށް، ކުޑަކުދިންގެ ޤަވާޢިދަށް ރިޢާޔަތްކޮށް 100 ޙައްދާއި 8 މަސްދުވަހުގެ ގޭބަންދު ކަނޑައެޅިއެވެ.
ތުހުމަތުކުރެވޭ ފަރާތް ޒިނޭކުރިކަމަށް އިޢުތިރާފުވުމުން ދައުލަތުން ޒިނޭގެ ކުށުގެ ދަޢުވާ ކުރިއެވެ. ކުށްކުރިއިރު އޭނާއަކީ ޤާނޫނީ ގޮތުން ކުޑަކުއްޖެކެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް އެދުނީ އިޢުތިރާފު ޞައްޙަކަމާއި، ޤާނޫނުއަސާސީގެ ޙައްޤުތައް ލިބިދީފައިވާކަމާއި، ޙައްދު ޖެހުން މަނާކުރާ ސަބަބެއް ނެތްކަން ކަށަވަރުކޮށްދިނުމަށެވެ.
މައިގަނޑު ސުވާލު
ޝަރީޢަތުގެ މަޖިލީހުގައި ވި އިޢުތިރާފުގެ މައްޗަށް ޒިނޭގެ ކުށް ސާބިތުކޮށް، ކުށް ކުރިއިރު ކުޑަކުއްޖެއް ކަމުގައިވާ ތުހުމަތުކުރެވޭ ފަރާތަށް 100 ޙައްދާއި 8 މަސްދުވަހުގެ ގޭބަންދު ކަނޑައެޅި ޙުކުމަކީ ޞައްޙަ ޙުކުމެއްތޯ (ސުޕްރީމް ކޯޓުގެ 2015/14/SC ސަރކިއުލަރގެ ދަށުން).
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ޞައްޙަ، ޤާއިމް
ތަޙުޤީޤާއި ދަށުކޯޓުގައި ވި އިޢުތިރާފު ހައިކޯޓުން ސުވާލުކޮށް ކަށަވަރުކުރުމުން، އެއީ އަމިއްލަ އިޚްތިޔާރުގައި ވި ޞައްޙަ އިޢުތިރާފެއްކަމާއި، ރުޖޫޢަވެފައި ނުވާކަމާއި، ޙައްޤުތައް ލިބިދީފައިވާކަމާއި، ކުޑަކުއްޖެއްކަމަށް ރިޢާޔަތްކޮށް އަދަބު ކަނޑައެޅިކަން ފާހަގަކޮށް ޙުކުމް ޞައްޙަކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޒިނޭގެ ކުށަކީ ޙައްދު ކަނޑައެޅިފައިވާ ކުށެއް ކަމާއި، އެކުށް ސާބިތުކުރެވޭނީ ކުށްކުރި މީހާގެ އިޢުތިރާފުން ނުވަތަ މަދުވެގެން 4 ފިރިހެނުންގެ ހެކިބަހުން ކަމާއި، އިޢުތިރާފު ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރޭގައި ބުއްދި ސަލާމަތުން ހުރުމާއި ބާލިޣުވުމާއި އަމިއްލަ އިޚްތިޔާރުގައި ވުން ހިމެނެއެވެ. (ފާހަގަކުރެވުނު ނުކުތާ 03 (ށ))
- ޒިނޭގެ ކުށަށްވާ އިޢުތިރާފުން ރުޖޫޢަވެއްޖެނަމަ ޙައްދު ޤާއިމްކުރުމުން ދުރުހެލިވާންޖެހެއެވެ. (ފާހަގަކުރެވުނު ނުކުތާ 03 (ށ))
- ތުހުމަތުކުރެވޭ ފަރާތަށް ތުހުމަތު ބުނެދީ، ދިފާޢަށް ވަގުތާއި ވަސީލަތް ދީ، ވަކީލެއް އައްޔަންކުރުމުގެ ފުރުޞަތު ދީފައިވާއިރު ވަކީލެއް ނެތި ކުރިއަށް ދިއުމަށް އެދިއްޖެނަމަ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ޙައްޤުތަކުން މަޙްރޫމްކޮށްފައިވާކަމަށް ނުބެލެވޭނެއެވެ. (ފާހަގަކުރެވުނު ނުކުތާ 03 (ނ))
- ޤާނޫނަކުން ވަކި އަދަބެއް ކަނޑައަޅާފައިވާ ހާލަތްތަކުގައި ކުޑަކުދިން ކުރާ ކުށަށް ޢަމަލުކުރާނީ އެ ޤާނޫނުގައިވާ ގޮތަށް ކަމާއި، ކުޑަކުއްޖަކަށް ކަނޑައަޅާނީ އެކުށަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބުގެ ތިންބައިކުޅަ ދެބައި ކަމެވެ. (ފާހަގަކުރެވުނު ނުކުތާ 03 (ރ))
- ސުޕްރީމް ކޯޓުގެ ނަންބަރު 2015/14/SC (15 ނޮވެމްބަރު 2015) ސަރކިއުލަރ
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 27 ވަނަ މާއްދާގެ (ށ)
- ކުޑަކުދިންކުރާ ކުށުގެ މައްސަލަތައްބަލާ ތަޙުޤީޤުކޮށް އިންޞާފުކޮށް އަދަބު ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 17 ވަނަ މާއްދާގެ (ހ) އަދި (ބ) ގެ 2 ވަނަ ނަންބަރު
- ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ބ) އަދި (ޅ)
- ހައިކޯޓުގެ ނަންބަރު 2013/HC-A/122 ޤަޟިއްޔާ
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ޙަމީދު، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް