ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-JC/20
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ފާޠިމަތު ސުމާ، 2019/HC-JC/20
Prosecutor General v. Fathimath Sumaa 2019/HC-JC/20 (2019/HC-JC/20, High Court of the Maldives, 2 February 2020)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ފާޠިމަތު ސުމާ
މައްސަލައިގެ ޚުލާޞާ
ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުން އިޢުތިރާފުން ކުށް ސާބިތުކޮށް 100 ޙައްދާއި 1 އަހަރުގެ ގޭބަންދު ކަނޑައެޅިއެވެ.
ތުހުމަތުކުރެވޭ ފަރާތް ޒިނޭކުރިކަމަށް ތަޙުޤީޤާއި ޝަރީޢަތުގައި އިޢުތިރާފުވުމުން ދައުލަތުން ޒިނޭގެ ކުށުގެ ދަޢުވާ ކުރިއެވެ. އެއްވެސް ފަރާތަކުން އިސްތިއުނާފު ނުކުރުމުން ސަރކިއުލަރގެ ދަށުން ފައިލު ހައިކޯޓަށް ފޮނުވިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް އެދުނީ އިޢުތިރާފު ޞައްޙަކަމާއި، ޤާނޫނުއަސާސީއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ޙައްޤުތައް ލިބިދީފައިވާކަމާއި، ޙައްދު ޖެހުން މަނާކުރާ ސަބަބެއް ނެތްކަން ކަށަވަރުކޮށްދިނުމަށެވެ.
މައިގަނޑު ސުވާލު
ޝަރީޢަތުގެ މަޖިލީހުގައި ވި އިޢުތިރާފުގެ މައްޗަށް ޒިނޭގެ ކުށް ސާބިތުކޮށް 100 ޙައްދާއި 1 އަހަރުގެ ގޭބަންދު ކަނޑައެޅި ޙުކުމަކީ ޞައްޙަ ޙުކުމެއްތޯ (ސުޕްރީމް ކޯޓުގެ 2015/14/SC ސަރކިއުލަރގެ ދަށުން).
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ޞައްޙަ، ޤާއިމް
ހައިކޯޓުން ސުވާލުކޮށް އިޢުތިރާފަކީ އަމިއްލަ އިޚްތިޔާރުގައި ވި ޞައްޙަ އިޢުތިރާފެއްކަމާއި ރުޖޫޢަވެފައި ނުވާކަމާއި ޙައްޤުތައް ލިބިދީފައިވާކަން ކަށަވަރުކޮށް ޙުކުމް ޞައްޙަކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޒިނޭގެ ކުށަކީ ޙައްދު ކަނޑައެޅިފައިވާ ކުށެއް ކަމާއި، އެކުށް ސާބިތުކުރެވޭނީ ކުށްކުރި މީހާގެ އިޢުތިރާފުން ނުވަތަ މަދުވެގެން 4 ފިރިހެނުންގެ ހެކިބަހުން ކަމާއި، އިޢުތިރާފު ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރޭގައި ބުއްދި ސަލާމަތުން ހުރުމާއި ބާލިޣުވުމާއި އަމިއްލަ އިޚްތިޔާރުގައި ވުން ހިމެނެއެވެ. (ފާހަގަކުރެވުނު ނުކުތާ 3 (ނ))
- ޒިނޭގެ ކުށަށްވާ އިޢުތިރާފުން ރުޖޫޢަވެއްޖެނަމަ ޙައްދު ޤާއިމްކުރުމުން ދުރުހެލިވާންޖެހެއެވެ. (ފާހަގަކުރެވުނު ނުކުތާ 3 (ނ))
- ތުހުމަތުކުރެވޭ ފަރާތަށް ތުހުމަތު ބުނެދީ، ދިފާޢަށް ވަގުތާއި ވަސީލަތް ދީ، ވަކީލެއް އައްޔަންކުރުމުގެ ފުރުޞަތު ދީފައިވާއިރު ވަކީލެއް ނެތި ކުރިއަށް ދިއުމަށް އެދިއްޖެނަމަ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ޙައްޤުތަކުން މަޙްރޫމްކޮށްފައިވާކަމަށް ނުބެލެވޭނެއެވެ. (ފާހަގަކުރެވުނު ނުކުތާ 3 (ރ))
- ސުޕްރީމް ކޯޓުގެ ނަންބަރު 2015/14/SC (15 ނޮވެމްބަރު 2015) ސަރކިއުލަރ
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 27 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ބ) އަދި (ޅ)
- ހައިކޯޓުގެ ނަންބަރު 2013/HC-A/122 ޤަޟިއްޔާ
- ބެންޗު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޝުޖާޢު ޢުޘްމާން، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް