ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/257
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ޢާލިމް، 2020/HC-A/257
Prosecutor General v. Ali Aalim 2020/HC-A/257 (2020/HC-A/257, High Court of the Maldives, 29 May 2025)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ޢާލިމް
މައްސަލައިގެ ޚުލާޞާ
ބާރަށް ދުއްވިކަމާއި އިހުމާލު ފާޅުކަން ބޮޑުކަން އެކަށީގެންވާ ޝައްކެއްނެތި ސާބިތުނުވާތީ، ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރިއެވެ.
ލައިސަންސްނެތި ސައިކަލު ދުއްވަމުން ދިޔަ ތުހުމަތުކުރެވޭ ފަރާތުގެ ސައިކަލުގެ ކޮންޓްރޯލް ގެއްލި، މަގުން ހިނގަމުން ދިޔަ ފަރާތެއްގައި ޖެހި، އެ ފަރާތް ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން ނިޔާވިއެވެ. ދައުލަތުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ)ގެ ދަށުން ނުރައްކާތެރިކޮށް ދުއްވުމުގެ ދަޢުވާ ކުޅެއެވެ.
ދައުލަތުން ބުނީ ހެކި ވަޒަންކޮށްފައިވަނީ ޤާނޫނުއަސާސީގެ 51 (އ) އާއި 143 (ރ)އާ ޚިލާފަށް، ޤަރީނާތަކަށް ރިޢާޔަތްނުކޮށް ކަމަށާއި ލައިސަންސްނެތި ދުއްވުމަކީ އޭގެ ޒާތުގައިވެސް ފަރުވާކުޑަ ޢަމަލެއް ކަމަށެވެ. ތުހުމަތުކުރެވޭ ފަރާތުން ބުނީ ގަސްދުގައި ކުރި ކަމެއް ނޫންކަމަށާއި އެހެން ފަރާތެއްގެ ސަބަބުން ކޮންޓްރޯލް ގެއްލުނު ކަމަށާއި، އަދަބެއްދޭނަމަ ލުއި އަދަބެއް ދިނުމަށެވެ.
މައިގަނޑު ސުވާލު
ސައިކަލުން ޖެހި ފަރާތެއް ނިޔާވި ހާދިސާއެއްގައި، ލައިސަންސްނެތި ސައިކަލު ދުއްވި ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ)ގެ ދަށުން ކުޅަ ނުރައްކާތެރިކޮށް ދުއްވުމުގެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ ހެކި ރަނގަޅަށް ވަޒަންނުކޮށް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)އާ ޚިލާފަށްތޯ؛ އަދި ދަޢުވާކުރި މާއްދާ ފަހުން އުވާލެވި ބަދަލުވެފައިވާއިރު ކުށް ސާބިތުވާނަމަ ކަނޑައަޅަންޖެހޭނީ ކޮން އަދަބެއްތޯ (ދިޔަ، ކައްފާރާ، ލައިސަންސް ހިފެހެއްޓުން).
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު؛ ކުށް ސާބިތު (ޤަޠުލު ޚަޠައު)، ކައްފާރާއަށް 2 މަސް ރޯދަ، 10 އަހަރަށް ލައިސަންސް ނުދެވޭނެ، ދިޔައާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ތަޙުވީލުކުރި
ލައިސަންސްނެތި ދުއްވުމަކީ ޤާނޫނީގޮތުން ނުރައްކާތެރިކޮށް ދުއްވުންކަމަށް އިފްތިރާޟުކުރެވޭތީ (ފަނޑިޔާރު ފަރްހީޒާ ބުރަވެވުނީ ލައިސަންސް ނެތުމާއެކު ބާރު ސްޕީޑުގައި ދުއްވިކަމަށް ބުރަވެވޭތީ) ދަޢުވާ ސާބިތުވެ، މަރަކީ ޤަޠުލު ޚަޠައެއްކަމަށް ކަނޑައެޅިއެވެ. ކުށްކުރިއިރު އޮތް ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ހ)ގެ އަދަބު ލުއިކަމުން އެ މާއްދާގެ ދަށުން، ދިޔައާއި ކައްފާރާ ހިމެނޭ "ބަދަލު" އަދި ލައިސަންސް ނުދިނުން ކަނޑައަޅައި، ވާރިސުންގެ ބަސް ހޯދައި ދިޔައާމެދު ނިންމުމަށް ތަޙުވީލުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ހެކިތަކަށް ޝާމިލުކޮށް ބަލާއިރު ޝަރީޢަތްކުރި ކޯޓުން ނެރެފައިވާ ދޭހައަކީ ރަނގަޅުނޫން ދޭހައެއްކަމަށް ފެންނަނަމަ، ނުވަތަ ސާބިތުވެފައިވާ ވާޤިޢާތަކަށް ތަޠުބީޤުކޮށްފައިވަނީ ނުރަނގަޅު ޤާނޫނީ އުޞޫލުތަކެއްނަމަ، އިސްތިއުނާފީ ކޯޓަށް ހެކި އަލުން ވަޒަންކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34)
- އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 1، 32 އަދި 33 ވަނަ މާއްދާއާއި ލައިސަންސް ދޫކުރުމުގެ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ)އަށް ބަލާއިރު، އެއްގަމު އުޅަނދެއް ދުއްވުމުގެ ލައިސަންސްނެތި އުޅަނދު ދުއްވާ މީހަކީ، ދުއްވި ބާރުމިނަކަށް ނުބަލައި، ނުރައްކާތެރިކޮށް ދުއްވާ މީހެއްކަމަށް ޤާނޫނީގޮތުން އިފްތިރާޟުކުރަންޖެހެއެވެ. އެނޫން ތަރުޖަމާއަކީ މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 17 ވަނަ މާއްދާގައިވާ މަޤުޞަދު ޙާޞިލުވާ ގޮތަށް މާނަކުރުމުގެ އުޞޫލާ ޚިލާފު ތަރުޖަމާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 47-49، 55)
- އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ)ގެ ދަޢުވާއެއްގައި ތުހުމަތުކުރެވޭ ފަރާތަކީ ލައިސަންސް ނެތްމީހެއްކަން ދައުލަތުން ސާބިތުކޮށްދިނުމުން ނުރައްކާތެރިކޮށް ދުއްވުމުގެ ޢުންޞުރު ފުރިހަމަވެއެވެ؛ ދުވެލީގެ ބާރުމިނުން ނުރައްކާތެރިކަން އުފެދުނުކަން ސާބިތުކޮށްދޭން ނުޖެހެއެވެ. ނުރައްކާތެރިކޮށް ދުއްވުމަކީ ހަމައެކަނި ހުއްދަ ބާރުމިނަށްވުރެ ބާރަށް ދުއްވުމަކަށް ވަކިނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 56، 59)
- ތަޙުޤީޤަށާއި ޝަރީޢަތަށް ދީފައިވާ ބަޔާންތަކުގައި ތަފާތުތައް ހުރިނަމަ، އެއީ ދެކޮޅުޖެހޭ ވާހަކަތަކެއްތޯ ވަޒަންކޮށް، ތެދުކަމަށް ބުރަވެވުނީ ކޮން ބަހަކަށްކަމާއި ސަބަބު ފަނޑިޔާރު ބަޔާންކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 53)
- ކުށް ހިނގިއިރު ކުށާއި އަދަބު ޤާނޫނުގައި ކަނޑައެޅިފައިވާނަމަ، ދަޢުވާކުރި މާއްދާ ފަހުން އުވާލެވުނަސް، ޤަޠުލު ޚަޠައުގެ ކުށާއި އަދަބު (ކުރީގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ)ގެ ދަށުން) ދެމިއޮތުމުން، ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއާއި 61 ވަނަ މާއްދާގެ (ށ)ގެ ބޭނުމަށް އެ ކުށް ތަޖުރީމުކުރެވިފައިވާތީ، ދަޢުވާ ކުރިއަށް ގެންދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 39-41؛ ޕެރ. 123)
- ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ ދަށުން ކުށްކުރިއިރު އޮތް އަދަބަށްވުރެ ބޮޑު އަދަބެއް ނުދެވޭނެ ހިނދު، އަދި ފަހުން ލުޔެއް ދީފައިވާނަމަ ފަހުގެ އަދަބު ދޭންޖެހޭ ހިނދު، ލައިސަންސް ހިފެހެއްޓުމުގެ މުއްދަތަށް ބަލާއިރު ކުރީގެ 60 ވަނަ މާއްދާގެ (ހ)ގައިވާ އަދަބަކީ ފަހުގެ 63 ވަނަ މާއްދާއަށްވުރެ ލުއި އަދަބު ކަމުން، އަދަބު ކަނޑައަޅަންޖެހޭނީ ކުރީގެ 60 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 109، 149-154)
- އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ)ގައިވާ "އިސްލާމީ ޝަރީޢަތުން ކަނޑައަޅާ ބަދަލު"ގެ މާނައިގެ ތެރޭގައި ނިސާ ސޫރަތުގެ 92 ވަނަ އާޔަތުގައިވާ މަރުގެ ދިޔަ ހިމެނެއެވެ؛ އަދި ދިޔައާއި ކައްފާރާ ޝަރުޢީގޮތުން ވަކިނުކުރެވޭތީ ކައްފާރާވެސް އޭގައި ހިމެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 156-161)
- ލައިސަންސް ނެތް މީހެއްގެ މައްޗަށް ލައިސަންސް ހިފެހެއްޓުމުގެ އަދަބު ހިންގާނީ ޤާނޫނުގެ މަޤުޞަދަށް ބަލައި (މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) އާއި 6 ވަނަ މާއްދާ)، އެ މުއްދަތަށް ލައިސަންސް ދޫކުރުމުން މަޙުރޫމުކުރުމުގެ ގޮތުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 114-115، 163)
- މަރުގެ ދިޔައާމެދު ގޮތެއް ކަނޑައެޅޭނީ ވާރިސުންގެ ބަހަށް ބިނާކޮށް ކަމުން، ދަށުކޯޓުން ވާރިސުން ސާބިތުކޮށް ބަސް ހޯދާފައިނުވާނަމަ، ދިޔައާމެދު ގޮތެއް ނިންމުމަށް މައްސަލަ ދަށުކޯޓަށް ތަޙުވީލުކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 117-119، 162)
1މި މައްސަލައަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 109/Cr-C/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް"ކަމަށް ބުނެފައިވާ)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ސ. މީދޫ، […] ޢަލީ ޢާލިމް (މީގެފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ޢަލީ ޢާލިމް"ކަމަށް ބުނެފައިވާ)އެވެ.
2ކްރިމިނަލް ކޯޓުގައި ދައުލަތުން ޢަލީ ޢާލިމްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، ޢަލީ ޢާލިމް، 23 ފެބްރުއަރީ 2015 ދުވަހު 21:45 އެހައިކަށްހައިއިރު، މާލޭގެ ޒަމާނީހިނގުމުނ އިރުން ހުޅަނގަށް ބާރުސްޕީޑުގައި، ރަޖިސްޓަރީ ނަންބަރު P3020-AA0B ސައިކަލު ދުއްވާފައި ދަނިކޮށް، އެމަގުން ހިނގާފައިދިޔަ ހއ. ހޯރަފުށި، ގާތުގިރި، އަޒުލީލާ ޢަބްދުﷲ ގެ ގައިގައި މީނާ ދުއްވި ސައިކަލުންޖެހި އެކްސިޑެންޓު ވެފައިވާތީއާއި، އެ އެކްސިޑެންޓުގެ ސަބަބުން އަޒުލީލާ ޢަބްދުﷲއަށް ލިބުން އަނިޔާތަކަށް އައި.ޖީ.އެމް. ހޮސްޕިޓަލުގައި ފަރުވާދެމުނ ދަނިކޮށް އަޒުލީލާ ޢަބްދުﷲ ނިޔާވެފައިވާތީ، ޤާނޫނާ ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު)ގެ 60 ވަނަ މާއްދާގެ (ހ)ގެ ދަށުން، އިންޖީނުލީ އެއްޗެއް ދިވެހި ރައްޔިތެއްކަން އަންގައިދޭ. މީގެފަހުން "އެއްގަމު ދަތުރުފަތުރު ގެ ޤާނޫނު"ކަމަށް ބުނެފައިވާ. ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ދަޢުވާއާއި، މި އެކްސިޑެންޓުގެ ސަބަބުން އަޒުލީލާ ޢަބްދުﷲ ނިޔާވެފައިވާތީ، އަޒުލީލާ ޢަބްދުﷲ ގެ ވާރިސުން އެދޭގޮތާމެދ ގޮތެއު ނިންމުމުގެ މައްސަލައެވެ.
3މި މައްސަލައިގެ އަޑުއެހުންތައް 07 ޖުލައި 2021 ދުވަހު ނިމުނުފަހުން، މި މައްސަލަބަލާ ފަނޑިޔާރުންގެ ބެންޗަށް ބަދަލުގެނެވިފައިވެއެވެ. އަދި މިހާރު މައްސަލަބަލާ ފަނޑޔާރުންނާއެކި 28 ނޮވެމްބަރ 2024 ދުވަހު އަޑުއެހުމެއް ބާއްވައި، ޝަރީޢަތުން ދެފަރާތާ ސުވާލުކޮށް، އަޑުއެހުންތައް ނިންމާފައިވެއެވެ.
4ދެފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް، ކްރިމިނަލް ކޯޓުން ނިންމާފައިވާގޮތް ތިރީގައި އެވަނީއެވެ. "ދެންފަހެ، ދައުލަތުގެ ފަރާތުން ސ.މީދޫ / އިރާސްމެކުގެ، ޢަލީ ޢާލިމުގެ މައްޗަށް ކުޅަ އެއްގަމުގައ ދުއްވި އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ މި ދަޢުވާ ޝަރީއަތުގެ ފަރާތުން ބެލި ބެލުމުން، 23 ފެބްރުއަރީ 2015 ދުވަހު 21:45 އެހައިކަށްހައިއިރު، މީނާ މާލެ ޒަމާނީހިނގުމުނ އިރުން ހުޅަނގަށް ބާރު ސްޕީޑުގައި ރަޖިސްޓުރީ ނަންބަރު އޭއޭ0ބީ ޕީ3020 ސައިކަލުގައި ދުއްވާފައި ދަނިކޮށް، އެމަގުން ހިނގާފައި ދިޔަ ހއ.ހޯރަފުށީ / ގާތުގިރި އަޒުލީލާ ޢަބްދުﷲ ގެ ގައިގައި މީނާ ދުއްވި ސައިކަލުން ޖެހި އެކްސިޑެންޓުވެފައިވާތީއާއި، މިއެކްސިޑެންޓުގެ ސަބަބުން އަޒުލީލާ ޢަބްދުﷲ އަށް ލިބުނު އަނިޔާތަކަށް އައި.ޖީ.އެމް ހޮސްޕިޓަލުގައި ފަރުވާދެމުނ ދަނިކޮށް އަޒުލީލާ ޢަބްދުﷲ ނިޔާވެފައިވާކަމަށް ބުނެ، ދައުލަތުން ކޮށްފައިވާ މިދަޢުވާއަށް ދަޢުވާލިބޭ ޢަލީ ޢާލިމްގެ ފަރާތުން އިންކާރުކޮށްފައިވާކަމާއި، ދައުލަތުގެ ފަރާތުން ޢަލީ ޢާލިމުގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ އެކްސިޑެންޓަކީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ދަޢުވާއެއްކަން އެނގެންއޮތްއިރު، މާލޭގައިވާ ޒަމާނީހިނގުމަކީ، އެއްކޮޅަށް ދުއްވޭ މަގެއްކަމާއި، ހަމައެހެންމެ، އަޒުލީލާ ޢަބްދުﷲ އަކީ، މާބަނޑުވެ، ބަނޑައަށް 8 ހަފްތާ ފުރިފައިވާ ޚާއްޞަ ޙާލަތެއްގައި އިން ފަރާތަކަށްވާއިރު، މަގުގައިވާ ޕޭވްމަންޓުނ ނުވަތް ދުވާރުން ހިނގުމުގެ ސަލާމަތާއި ރައްކާތެރިކަން ހޯދުމުގެ ބަދަލުގައި، މަގުގައިވާ ދުއްވާތަކެއްޗަށް ދަތިވާފަދަ ގޮތަކަށް މަގުގައި އުޅަނދުފަހަރު ދުއްވާފަޅިން ހިނގުމާއި، މަގަށް ސަމާލުނުވެ ކުއްލިއަކަށް ތަނަކުން ނުކުތުމާއި، ނުވަތަ މަގުގައި މަޑުކޮށްގެން ހުރުމާއި، ނުވަތަ މަގުހުރަސް ކުރުމުގެ ނިޝާނެއް ނެތްތަނަކުނ ހުރަސް ކުރާން އުޅުމަކީ ނުރައްކާތެރި ޙާދިސާއެއް ކުރިމަތިވެދާނެފަދަ ޢަމަލެއްކަން ސަލާމަތް ބުއްދިއަށް ވިސްނޭއިރު، ޒަމާނީ ހިނގުމުން އިރުން ހުޅަނގަށް ޢަލީ ޢާލިމު ދުއްވާފައި ދިޔަ ސައިކަލު ފުރަތަމަ ބައިސިކަލަކާ އެކްސިޑެންޓުވެ، ސައިކަލުގައި ތިބި ދެމީހުން ވެއްޓި، ޢަލީ ޢާލިމުގެ އަތުން ސައިކަލު ކޮންޓްރޯލް ގެއްލި، އޭގފަހުނެ ސައިކަލު ކަހާލައިގެން ދިޔައީ މަގުގެ ދުއްވާފަޅިން ކަމަށްވެފައި، އޭރު އަޒުލީލާ ޢަބްދުﷲ ވެސް ހިނގަމުންދިޔައީ ސއިކަލަ ކަހާލައިގެން ދިޔަ ފަޅިންކަން އެނގޭއިރު، އޭރު އެމަގުގައި އަނދިރިކަން ހުރިއިރު، ސީދާ މަގުގެ ދުއްވާފަޅިން މީހަކުދާކަމެއް ނުވަތަ އަންނަކަމެއް ދުއްވާމީހާއަށް އެންމެ ރަނގަޅަށް ސަމާލުވާން ފަހަރުގައި ދަތިތަކެއް ހުރުމަކީ އެކަށީގެންވާ މަޤްބޫލު މި މައްސަލައާ ގުޅިގެން 15 މާރޗް 2016 ދުވަހު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގެ، ދައުލަތުގެ މަޙުޟަރު ބަޔާން. ސަބަބެއްކަމަށް ބެލެވިދާނެ ޙާލަތަކަށްވެފައި، ސައިކަލު ދުއްވަމުން ދިޔައިރު ސީދާ އަޒުލީލާ ޢަބްދުﷲ އާ ޑައިރެކްޓްކޮށް އެކްސިޑެންޓުވެފައި ނުވާކަން އެނގެން އޮތްއިރު، އެހެންކަމެއ މެދުވެރިވެގެން ކަހާލައިގެންދިޔަ ސައިކަލުން ޖެހިގެން އަޒުލީނާ ޢަބްދުﷲ ބިންމައްޗަށް ވެއްޓި ބޮލަށް ގެއްލުންވެ، ހޮސްޕިޓަލަށް ގެންދިޔަތާ 02 ދުވަސް ތެރޭގައި ނިޔާވެފައިވުމަކީ، ސައިކަލު ދުއްވި ޢަލީ ޢާލިމުގެ ފަރާތުން މީހެއްގެ ގައިގައި ސައިކަލުން ޖެހިދާނެކަމުގ ނުވަތެ ޖެއްސުމުގެ ނުވަތަ މަރާލުމުގެ ނުވަތަ ގެއްލުންދިނުމުގެ ޤަޞްދާއި ނިޔަތާއި ޢަމަލުއޮތް ޙާދިސާއެއ ނުވަތް އެކްސިޑެންޓެއ ކަމަށް މުޅި ޙާދިސާ ހިނގާފައިވާ ގޮތަށާއި އަޙްވާލުލް ޤަރާއިނުގެ އުޞޫލަށާއި، ދަޢުވާލިބޭ ޢަލީ ޢާލިމުގެ ބަހަށާއި، އަދި ހުށަހެޅިފައިވާ ހެކީންކަމުގައިވ މުޙައްމަދާ ޢާލިމާއި، މުޙައްމަދު އަރޫނުގެ ވާހަތައ ކަމަށް ހެކިބަސް ދީފައިވާ ޝަނާޒް އަޙްމަދުގެ ހެކިބަހަށާއި، ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކުރުމުން، މިކަންކަން ޝަރީޢަތަށް ޤަބޫލުކުރެވޭއިރު، ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ޢަލީ ޢާލިމު ބާރަށް ސައިކަލް ދުއްވިކަން ސާބިތުކުރުމުގެ ގޮތުން ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން ޙާދިސާ ހިނގި މަންޡަރު ދުށްކަމަށ ބުނެފައިވް މުޙައްމަދާ ޢާލިމުއާއި، މުޙައްމަދު ޢަރޫން (08 އަހަރު) އާއި ދެމީހުންގެ ހެކިބަހުން އަޒުލީލާ ޢަބްދުﷲ ގެ ގައިގައި ސައިކަލުން ޖެހުނުކަނ އެނގެން އޮތްކަމުގައިވިޔަސް، ޤާނޫނުގައި ބަޔާންކުރާ މިންވަރަށްވުރެ ބާރަށް ދުއްވިކަމާމެދު މިދެމީހުންގެ ހެކިބަހުގައި ސުވާލުއުފެދޭ ކަންތައްތަކެއް ހުރިކަން އެނގެން އޮތްއިރު، ބާކީ ދެންތިބި ހެކިންގެ ހެކިބަހަށް ރިޢާޔަތްކުރާއިރު، ޢަލީ ޢާލިމުގެ ސައިކަލު ދުއްވި ބާރުމިނެއް، އަދި ޙާދިސާ ހިގައިދިޔަ މަންޡަރެއް މިމީހުންނަށް ފެނިފައިނުވާކަން މިމީހުންގެ ހެކިބަހުން އެނގެން އޮތްއިރު، އަޒުލީލާ ޢަބްދުﷲ ނިޔާވެފައިވަނ ޢަލީ ޢާލިމު ދުއްވަމުން ދިޔަ ސައިކަލު އަޒުލީލާ ޢަބްދުﷲ ގައިގައި ޤަޞްދުގައި ޖައްސައި އޭނާ މަރާލުމުގެ ނިޔަތުގައިކަން ނުވަތަ ޢަލީ ޢާލިމުގެ އިހްމާލުންކަނ ފާޅުކަން ބޮޑުގޮތެއްގައި އޭނާގެ ޢަމަލުން އެނގެން ނެތްހިނދު، މަރުގެ ޙާދިސާއެއްގައި ހުންނަންޖެހޭ ޝަރްޢީ އަދި ޤާނޫނީ ރުކުންތައް މި މައްސަލައިގައި ފުރިހަމަވެފައި ނެތުމުން، މިދަޢުވާ އެއްވެސް ޝައްކެއް ނެތް މިންގަނޑުން ނުވަތަ އެއްވެސް ޝުބުހައެއް ނެތި، ނުވަތަ އެކަށިގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވާ ކުރުމަށް ހެކި ލިބިފައި ނުވާކަމާއި، އަދި ޢަލީ ޢާލިމުގެ ފަރާތުން ނުރައްކާތެރިކޮށް ބާރަށް ސައިކަލު ދުއްވިކަން ސާބިތުވާމިންވަރަށްވެސް ކާފީ ހެކި ލިބިފައިނުވާތީ، ދައުލަތުން ޢަލީ ޢާލިމުގެ މައްޗަށް ކުޅަ އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި ޙުކުމްކޮށް، މިޤަޟިއްޔާ ނިންމީއެވެ." އިސްތިއުނާފު ނުކުތާއާއި ދެކެވުނު ވާހަކާ
5ކްރިމިނަލް ކޯޓުގެ ނަންބަރު 109/Cr-C/2016 ޤަޟިއްޔާ ނިންމަވާފައިވަނ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އިސްތިއުނާފުކުރާ ފަރާތުން 2 (ދޭއް) ނުކުތާ ހުށަހަޅާފައިވެއެވެ. މި ޙުކުމުގައި އަޒްލީނާ ޢަބްދުﷲ ކަމަށް ބުނެފައިވަނީ ކުށަކުންކަމަށް ބެލެވެއެވެ. މި ހާދިސާގައި ނިޔައުވެފައިވަނީ ޢަޒުލީލާ ޢަބްދުﷲއެވެ. މައްސަލައިގެ އިސްތިއުނާފު ފޯމުގައިވާ ނުކުތާތަކާއި، އެ ނުކުތާތަކުގެ ތަފޞު ލާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
6އިސްތިއުނާފުކުރާ ފަރާތުގެ ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުން މި މައްސަލަ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދގާ (އ)އާ ޚިލާފަށްކަމަށެވެ. މި މައްސަލައިގައި ޢަލީ ޢާލިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއާއި، ދަޢުވާގައިވާކުށް ބަޔާންކުރާ ޤާނޫނީ މާއްދާއާއި، ދައުލަތުން ސާބިތުކޮށްދޭންޖެހޭ ކަންކަން ތަފުޞީލު ކޮށްފައިވެއެވެ. ދައުލަތުންކުޅަ ދަޢުވާގައި ޙަވާލާދީފައިވާ މާއްދާގައި، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް، އުޅަނދު ދުއްވައިގެން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، އިސްލާމީ ޝަރީޢަތުން ކަނޑައަޅާ ބަދަލުދިނުމުގެ އަދަބުގެ އިތުރަށް، އެ އުޅަނދު ދުއްވިމީހާގެ ލައިސަންސް 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ހިފެހެއްޓޭނެކަމަށް
7މި މައްސަލައިގައި ދައުލަތުގެ ދަޢުވާގައިވާކުށް ސާބިތުކުރުމަށްޓަކައި، 3 (ތިނެއް) ކަމެއް ސާބިތު ކޮށްދޭންޖެހޭކަމަށް ދައުލަތުން ބުނެފައިވެއެވެ . އެކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.7. މީހެއްގެ ފުރާނައަށް ގެއްލުން ލިބިފައިވާކަމާއި؛
2.7. ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވިކަމާއި؛
3.7. މީހެއްގެ ފުރާނައަށް ގެއްލުން ލިބިފައިވަނީ ދަޢުވާލިބޭ ފަރާތް ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވުމުގެ ޢަމަލުގެ ނަތީޖއަކުނާކަމެވެ.
8މި މައްސަލައިގެ ހާދިސއާމެދާ އިސްތިއުނާފު ރައްދުވު ފަރާތުން އިންކާރު ނުކުރާކަމަށެވެ. ދައުލަތުން މި މައްސަލައިގައި ހުށަހަޅާފައިވާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ނަންބަރު 0028002 މީގެފަހުން "ޤާނޫނުއަސާސީ"ކަމަށް ބުނެފައިވާ. "މަރު ސާބިތުކުރި ލިޔުން"ގައި، އަޒުލީލާ ޢަބްދުﷲ ނޔައިވެފައިވަނީ، މަރުޙޫމާގެ ބޮލަށްލިބުނު އަނިޔާތަކުގައި ސިކުނޑިއަށް ގެއްލުންލިބި، އޭގެސަބަބުން އެތެރެހަށީގެ ހުރިހާ ގުނަވަންތައް މަސައްކަތްކުރުން ހުއްޓުމަށްފަހު، ހިތްހުއްޓިގެންކަމަށެވެ.
9އަޒުލީލާ ޢަބްދުﷲ ގެ މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރު ކުރެއްވި ޑަކްޓަރު އަޙްމަދު ޒިޔާން ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެއްވާފައިވާކަމަ ށެވެ. އެގޮތުން، މަރުޙޫމާއަށް ލިބިފައިވާ އަނިޔާތަކަށް ބަލާއިރު، ނޭފަތުގެ ވާތްފަރާތުން ވަރަށްބައިވަރު ލެއ އައިސްފައިވާކަމަށެވެ. އަދި ބޮލުގެ ސީޓީ ސްކޭންއިން، ބޮލުގެ ނާށި ގަނޑު ފަޅައިގެންގޮސް، ސިކުނޑިއަށް ބޮޑެތި އަނިޔާވެފައިވާކަމަށް ބުނެފައިވާކަމަށެވެ. އެފަދަ އަނިޔާތަކަކީ ވިއްސައިގެންގޮސ ޖެހުމުން ނުވަތް ބޮޑުޓްރޯމާއަކާ ގުޅިގެންލިބޭނެ އަނިޔާކަމަށެވެ. އެ އަނިޔާތކަކީ ޢާއްމު ދިރިއުޅުމުގައި ލިބޭނެ އަނިޔާއަކަށްވުރެ ބޮޑުއަނިޔާއެއްގެ ނަތީޖާއެއްކަން އެނގޭކަމަށް ބުނެފައިވާކަމަށެވެ.
10އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްއިން ޢަލީ ޢާލިމްގެ "މެޑިކޯ ލީގަލް ރެކޯޑް"އޯ އ ތައްޔާރުކޮށްފައެ ވާކަމަށެވެ. އެ ރިޕޯޓުގައި، އެކްސިޑެންޓު ހިނގާފައިވަނީ 23 ފެބްރުއަރީ 2015 ދުވަހުކަމާއި، ޢަލީ ޢާލިމް ދުއްވަމުންދިޔަ ސައިކަލު މަގުމަތީގައިހުރި ކަރަންޓު ފޮއްޓެއްގައިޖެހި އެކްސިޑެންޓް ވެފައިވާކަމަށް އޭނާބެލި ޑަކްޓަރު ގާތުގައި ބުނެފައިވާތީ، ޢަލީ ޢާލިމްގެ ފަރާތުން މިކަންކަމަށް އިންކާރުކޮށްފައި ނުވާކަމަށެވެ.
11މި މައްސަލައިގައި ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 02699-2015-LC "ސީން އޮފް ކްރައިމް ރިޕޯޓު"އިން، އެކްސިޑެންޓު ވި ސަރަހައްދުގައިހުރި ކަރަންޓު ފޮއްޓަކަށް ގެއްލުން ވެފައިވާކަމާއި، ޢަލީ ޢާލިމް ދުއްވި ސައިކަލަށް ބޮޑެތި ގެއްލުންވެފައިވާކަން އެނގޭކަމަށެވެ.
12މި ހާދިސާއާ ގުޅިގެން، 24 މާރޗް 2015 ދުވަހު، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޢަލީ ޢާލިމް ދީފައިވާ ތަޙުޤީޤު ބަޔާނާގުޅިގެނ ދައުލަތުން ފާހަގަކޮށްފައިވާ މައިގަނޑުކަންކަން ތިރީގައި އެވަނީއެވެ.
1.12. ޢަލީ ޢާލިމްއަކީ އެއްގަމުގައ ދުއްވި އިންޖީނުލީ އެއްޗތެ ދުއްވުމުގެ ލައިސަންސް ލިބިފައިވާމީހެއް ނޫންކަމަށެވެ.
2.12. 23 ފެބްރއަރު 2015 ދުވަހުގެރޭ، މީނާ ސައިކަލު ދުއްވާފައި ދިޔައީ 20 ކިލޯމީޓަރާއި 25 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައިކަމަށެވެ.
3.12. އެކްސިޑެންޓު ހިންގުމަށް މެދުވެރިވީ، ބޮޑު ވަށިގަނޑެއް ފަހަތުގައި ބަހައްޓައިގެން ދުއްވާފައިދިޔަ ބައިސްކަލެއް އަރިއަކަށް ދިޔުމުން، އެ ބައިސްކަލުން ނެއްޓުމަށްޓަކައި މީނާ ވާތްފަރާތުން ދާންއުޅެނިކޮށް، ސައިކަލު ކަހާލައިގެންކަމަށެވެ. އަދި މީނާ ވެއްޓުމަށްފަހު، ތެދުވެ ބެލިއިރު އަންހެނަކު ވެއްޓިފައި އޮތްކަމަށާއި، އަންހެންމީހާ ގާތުގައި ކުޑަކުއްޖަކު ހުރިކަމަށެވެ.
4.12. ވެއްޓިފައިއޮތް އަންހެންމީހާ ހޮސްޕިޓަލަށް ގެންދިޔަ ކާރުގައި މީނާ ދިޔަކަމަށެވެ.
5.12. އެކްސިޑެންޓު ހިނގާފައިވަނީ ބުނެވިދިޔަމީހާ ބައިސްކަލު ދުއްވިގޮތނު ނާއި، އަންހެންމީހާ ހިނގާފައިދިޔައީ މަގުގައި ދުވާރު ނެތްފަރާތުން ކަމަށްވާތީކަމަށެވެ. މި އެކްސިޑެންޓުގައި ޢަލީ ޢާލިމްގެ އެއްވެސް އިހުމާލެއް އޮތްކަމަށް ނުދެކޭކަމަށެވެ.
13މި މައްސަލައާ ގުޅިގެން، 11 މެއި 2016 ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، ޢަލީ ޢާލިމް ވަރަށް މަޑުމަޑުން ދުއްވާފައި ދަނިކޮށް ބަންގްލަދޭޝް މީހެއްގެ ގައިގައި އަޅައިގަނެ ވެއްޓުމުން، މީނާ ދުއްވި ސައިކަލުގޮސް އެހެންމީހެއްގެ ގައިގައި ޖެހުނުކަމަށް މީނާ ބުނިކަމަށް ދައުލަތުން ބުނެފައިވެއެވެ.
14މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަރޖަންޓް ޝަނާޒ އަޙްމަދް (ސނ. 1864)ގެ ހެކިބަހުގައި، ހާދިސާ ހިނގިއިރު އެތަނުގައިހުރި، މަރުޙޫމާގެ ދަރިފުޅާ ސުވާލުކޮށްފައި ވާކަމަށާއި، ކުއްޖާގެ މަންމަ ހިނގާފައި ދަނިކށޮ ބާރަށްއައި ސައިކަލަކުން މަރުޙޫމާގެ ގައިގައި ޖެހުނުކަމަށް، އެ ކުއްޖާ ބުނިކަމަށް، ސަރޖަންޓް ޝަނާޒް އަޙްމަދު ބުނެފައިވާކަމަށެވެ.
15ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަރޖަންޓް އިބްރާހީމް ޒަހީން (ސނ. 2424)އަކީ އެކްސިޑެންޓުގެ ހާދިސާ ހިނގިތަނަށްދިޔަ ފުލުހެއްކަމަށެވެ. އެތަނަށް ދިޔައިރު ސީން ރޫޅާލާފައި ވާކަމަށެވެ. ސަރޖަންޓް އިބްރާހީމް ޒަހީންއަކީ ޓްރެފިކް ޕޮލިހުގައި 11 (އެގާރަ) އަހަރު މަސައްކަތް ކޮށްފައިވާ ފުލުހެއްކަމަށެވެ. ސީނަށް ދިޔައިރު، ސައިކަލު ކަހާލައިގެންދިޔަ ނިޝާންތައް އެ ސަރަޙައްދުގައިހުރި ޑިސްޓްރިބިއުޝަން ފޮއްޓާހަމައަށ ހުރިކަމަށް ބުނެފައިވާކަމަށެވެ. މި ހާދިސާގައިހިމެނޭ ސައިކަލުގެކަވަރު ފަޅައިގެން ގޮސްފައިވާކަމަށެވެ. އަދި ސައިކަލަށް ލިބުނު ގެއްލުންތައް ލިބިފައިވަނީ ބުރާ ސްޕީޑުގައި ދުއްވުމުގެ ސަބަބުންކަމަށް ބެލެވޭކަމަށް ބުނެފައިވާކަމަށެވެ.
16މި މައްސަލައިގެ ހާދިސާއާ ގުޅިގެން ޢަލީ ޢާލިމް އެކިމަހައްލުގައި އެކިގޮތަށް ވާހަކަދައްކާފައި ވާކަމަށެވެ. އަދި ބައިސްކަލެއްގައި ޖެހުނުކަމަށް ޢަލީ ޢާލިމް ބުނެފައިވާއިރު، އެކަން ސާބިތުވާފަދަ ހެއްކެއް ނުވަތަ ޤަރީނާއެއް މީނާ ހުށަހަޅާފައި ނުވާކަމަށެވެ. ޢަލީ ޢާލިމް ބުނާފަދައިން ބައިސްކަލެއް ވެއްޓިފައިވާކަން ނުވަތަ އިތުރު މީހަކަށް އަނިޔާ ލިބުނުވާހަކ ނުވަތަ އިތުރު މީހަކަށް ފަރުވާދީފައިވާކަނ އެނގެން ނެތްކަމަށެވެ. މިއީ ޙަޤީޤަތް އޮޅުވާލުމަށް ދައްކާފައިވާ ވާހަކަތަކެއްކަމަށް ބަލަންޖެހޭކަމަށް ދައުލަތުން ދެކޭކަމަށެވެ.
17ބަހުސްގެ ބޭނުމަށް، ޢަލީ ޢާލިމް ހުށަހަޅާފައިވާގޮތަށް ބައިސްކަލެއްގައި މީހަކުދިޔަނަމަ ކަންހިނގާނެގޮތާއި، ލައިސަންސްއޮތް މީހެއްގެ ޙާލަތުގައި ޒިއްމާ އުފުލަންޖެހޭކަމަށް ދައުލަތުންދެކޭގޮތާއި ސަބަބުތައް ތަފުޞީލު ކޮށްފައިވެއެވެ.
18ބުނެވިދިޔަ ހެކިތައް އެކުގައި ވަޒަންކުރުމުން، ކުށުގެ ޢުންޞުރުތައް ފުރިހަމަވާކަމަށް ދައުލަތުން ދެކޭކަމަށެވެ. ޢަލީ ޢާލިމްއަކީ ދިވެހިރާއްޖޭގެ އެއްވެސްތަނެއްގައި އެއްގަމުގައ ދުއްވި އިންޖީނުލީ އެއްޗެއް ދުއްވުމުގެ ހުއްދަ، ސަރުކާރުން ދީފައިވާމީހެއް ނޫންކަމަށެވެ. ވަކި ސްޓޭންޑަޑަކުން، ވަކި ޓެސްޓެއް ނެގުމަށްފަހު، ފާސްވެ، ކަމާގުޅުންހުރި އިދާރާއަކުންދޫކުރާ ލައިސަންސެއް އޮވެގެން މެނުވީ މަގުމަތީގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުން ޤާނޫނުތަކާއި ގަވާއިދުތަކުން މަނާކުރާކަމަށެވެ. އެކަންކުރަނީ އިންޖީނުލީ އެއްޗެތި ދުއްވަނީ ރައްކާތެރިކަމާއެކުކަން ކަށަވަރުކުރުމުގެ މަޤުޞަދުގައިކަމަށެވެ. އިންޖީނުލީ އުޅަނދެއް ދުއްވުމުގެ ލައިސަންސްނެތި، ޢަލީ ޢާލިމް ސައިކަލު ދުއްވުމަކީ އޭގެޒާތުގައިވެސް ފަރުވާކުޑަ ޢަމަލއްކަމަށެ ވެ. މި މައްސަލައިގެ އެކްސިޑެންޓް ހިނގާފައިވާގޮތާއި، އެކްސިޑެންޓުގެ ސަބަބުން ނިޔއަވިމީހާއާއި ޢަލީ ޢާލިމްއަށ ލިބުން އަނިޔާތަކަށާއި، ސައިކަލަށާއި، ކަރަންޓު ފޮއްޓަށް ލިބުނުގެއްލުމަށް ބެލުމުން، ޢަލީ ޢާލިމް ދުއްވާފައިވަނީ މަގުމަތީގެ ރައްކާތެރިކަމަށް ފަރުވާލެއްނެތިކަން އެނގޭކަމަށް
19ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރުމީލ ޝަރީފާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ 14 ވަނަ ނުކުތާގައި، މައްސަލައެއްގެ ޙަޤީޤަތް ސާބިތުކުރާ މިންގަނޑަކީ، މީހެއްގެ މައްޗަށް ކުށެއް ސާބިތުކުރުމަށް ގެންގުޅޭ މިންގަނޑަށްވުރެ ދަށް މިންގަނޑެއްކަމަށް ކަނޑައަޅުއްވާފައި ވާކަމަށެވެ. އެގޮތުން، ތުހުމަތުކުރެވޭ ކުށުގެ ޢަމަލު ހިނގާފައިވާގޮތް، ޝަރީޢަތަށް ގަބޫލުކުރެވޭ އެކަށީގެންވާ މިންވަރަށް ހުށަހަޅައިފިނަމަ، އެ ޙަޤީޤަތް އެގޮތުގައި އޮތްކަމަށް ބެލެވިދާނެކަމަށެވެ. މި މައްސަލައިގައި ކަންހިނގާފައި ވާގޮތާގުޅުވައ ހުށަހަޅާފައިވި ހެއްކަށް ބަލާއިރު، އެކްސިޑެންޓު ހިނގާފައިވާކަމާއި، އަޒްލީލާ ޢަބްދުﷲ ނިޔއަވެފައިވަނ ލިބުނީ ބޮޑެތި އަނިޔާތަކުގެ ސަބަބުންކަން އެނގޭކަމަށެވެ. އެހެންކަމުން، މި މައްސަލައަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބަޔާންކުރާ، އެކަށީގެންވާ ޝައްކެއް ނެތްމިންވަރަށް ސާބިތުވާ މައްސަލައެއްކަމަށް ދައުލަތުން ދެކޭކަމަށެވެ.
20ދައުލަތގު ދެވަނަ އިސްތިއުނާފީ ނުކުތާގައި، މި މައްސަލަ ކްރިމިނަލް ކޯޓުން ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)އާ ޚިލާފަށްކަމަށް ބުނެފައިވެއެވެ. އެގޮތުން، މަތީމަރުޙަލާގެ ކޯޓުތަކުން ހެކިވަޒަން ކުރުމާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބަޔާންކުރި މިންގަނޑުން މައްސަލައެއް ސާބިތުކުރުމުގައި ފަނޑިޔާރުން ރިޢާޔަތް ކުރަންޖެހޭ ކަންކަމަށް، މި މައްސަލަ ނިންމެވުމުގައި ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ދައުލަތުން ދެކޭކަމަށެވެ.
21ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ ތިލްމީޒް އަދި އިތުރު 2 މީހުން ޤަޟިއްޔާގައި، މީހަކު އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި ވެފައިވާ އިޢުތިރާފު ނުވަތަ ދެ ހެކިންނަށްވުރެ މަދުނޫން ޢަދަދެއްގެ ހެކިންގެ ހެކިބަސް ނުވަތަ ހެއްކަކާއި، އެ ހެކި އިތުރަށް ކަށަވަރުކޮށްދޭ ޤަރީނާހުރިނަމަ، އެއީ އެއްވެސް ޝައްކެއްނެތް މިންވަރަށް ކުށްސާބިތު ކުރެވޭނެ ހެކިކަމަށް ބަޔާންކޮށްފައި ވާކަމަށެވެ.
22ދިވެހިރާއްޖޭގެ ހައިކޯޓުގެ މުޙައްމަދު ފާރިސް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ ފުރަތަމަ ނުކުތާގައި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރު ހާސިލުކުރެވޭނެ ހަތަރުގޮތަކީ، ކުށުގެ ތުހުމަތު ކުރެވޭމީހަކު ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފާއި، ކުށް ސާބިތުވުމަށްފުދޭ ޢަދުލުވެރި ހެކިންގެ ކާފީހެކިބަހާއި، ގުޅިފައިވާ ޤަރީނާއާއެކު ފުރިހަމަވާ ކާފީހެކިބަހާއި، ހެކިބަސް ލިބިފައި ނުވިނަމަވެސް ގުޅިފައިވާ ހަރުދަނާ ޤަރީނާތކުންކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާދަމް ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލގް އޮފީސް ޤަޟިއްޔާގެ ޙުކުމުން ލިބެންޖެހޭ އިބުރަތަކީ، ކުށްސާބިތުވުމުގައި މުއްތަހަމުގެ އިޢުތިރާފު ލިބިފައިނުވިނަމަވެސް، ހެކިންގެ ހެކިބަސް ލިބިފައި ނުވިނަމަވެސް، މުޅިވާޤޢި ހިނގާފައިވާގޮތުގެ ޙަޤީޤަތްތަކަށާއި، ޤަރީނާތަކަށް ރިޢާޔަތްކޮށް ބަލާއިރު، އެ ޤަރީނާތަކުގެ ގުޅުން ހަރުދަނާވުމުގެ ސަބަބުންލިބޭ ހެކިން، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބަޔާންކޮށްފައިވާ މިންވަރަށް ވާސިލުވެވޭނެކަމަށް ބަލަންޖހުންކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ 2014/HC-A/26 ޤަޟިއްޔާ. ދައުލަތުން ޙަވާލާދީފައިވަނީ މި މައްސަލައިގެ ތަފާތުވި ރަޢުޔުއަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 2009/SC-A/18 ޤަޟިއްޔާ.
23ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޖާޙު ޤަޟިއްޔާގައި، އިސްލާމީ ހެއްކާބެހޭ އުޞޫލުތައް ބަޔާންކުރާގޮތުން، ޙަޤީޤަތެއް ސާބިތުކުރުމުގެ އުޞޫލަކީ، ހުށަހެޅިފައިވާ "ބައްޔިނާ"ތަކުގެ މައްޗަށްބުރަވެ، ފަނޑިޔާރަށް އިޤްތިނާޢުވެވޭނަމަ، އެގޮތަށް ޙުކުމްކުރުން ކަމުގައި ކަނޑައަޅުއްވާފައި ވާކަމަށެވެ. އަދި "ބައްޔިނާ"އަކީ ޙައްޤު ކަޝްފުކޮށް ބަޔާންކޮށްދޭ ކޮންމެ އެއްޗެއްކަމަށާއި، ޖިނާއީ މައްސަލަތަކުގައި ޤަތުޢީ ޤަރީނާއަކީ ސާބިތުކުރުމުގެ ވަޞީލަތެއްކަމާއި، ބައެއްޙާލަތުގައި ދެހެކިންގެ ބަހަށްވުރެ ވަރުގަދަ ހެއްކަކަށް ވެދާނެކަމަށްވެސް އެ ޤަޟިއްޔާގައި ބަޔާންކޮށްފައި ވާކަމަށެވެ.
24ބުނެވިދިޔަ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤުކުރާއިރު، މައްސަލައިގެ ހާދިސާ ލޮލަށްފެނުނު ހެކިންގެބަހެއް ނެތްނަމަވެސް، ގުޅިފައިވާ ހަރުދަނާ ޤަރީނާތަކުގެ މައްޗަށް ބިނާކޮށް، މި މައްސަލައަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބަޔާންކޮށްފައިވާ މިންގަނޑަށް ވާސިލުވި މައްސަލައެއްކަމަށެވެ. އަދި ކްރިމިނަލް ކޯޓުން މައްސަލަ ނިންމެވުމުގައި ބުނެވިދިޔަ ނިންމުންތަކުގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ.
25މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކަށް ބަލާއިރު، މުޙައްމަދު ޢާލިމްއަކީ އިސްތިއުނާފު ރައްދުވާ ފަރާތް ދުއްވި ސައިކަލުގެ ފަހަތުގައިއިން މީހެއްކަމަށެވެ. އަދި މުޙައްމަދު ޢާލިމް ތަޙުޤީޤަށް ދީފައިވާ ބަޔާނުގައި، މި ހާދިސާ މެދުވެރިވެފައިވަނ ޢަލީ ޢާލިމް ބާރު ސްޕީޑެއްގައި ދުއްވާފައި ދަނިކޮށް ޕާކިންގ ޒޯނުނ ކުއްލިއަކަށް ނެރުނު ސައިކަލަކުން ނެއްޓުމަށްޓަކައި މަގުގެ ކަނާތްފަރާތަށް ދިޔުމަށް މަސައްކަތް ކުރުމުން، ސައިކަލުގެ ފަހަތު ފުރޮޅުގައި ޢަލީ ޢާލިމް ދުއްވި ސައިކަލުންޖެހުމަށްފަހު، ސައިކަލުގެ ކުރީފުރޮޅު ހިއްލި، މަގުގައިހުރި ކަރަންޓު ފޮއްޓެއްގައި ޖެހމުންކަމަށު ބުނެފައިވާކަމަށެވެ. ނަމަވެސް، ޝަރީޢަތުގައި ބަޔާންދެމުނ މުޙައްމަދް ޢާލިމް ބުނެފައިވަނީ، ޢަލީ ޢާލިމް ދުއްވާފައިދިޔައީ ގާތްގަނޑަކަށް 20 ނުވަތަ 25 ކިލޯމީޓަރު ބާރުމިނުގައިކަމަށެވެ. މުޙައްމަދު ޢާލިމްގެ ހެކިބަހުގައި ޖައުހަރީ ތަފާތުތަކެއް ހުރުމުން، އެހެކިބަހަށ ބުރަދަން ދެވޭނެކަމަށް ދައުލަތުން ނުދެކޭކަމަށެވެ.
26ދިވެހިރާއްޖޭގ ހައިކޯޓުގެ އަނީސް ޢަލީ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި، ހެކިންދޭ ބަޔާނުގައި ކޮންމެސްވަރެއްގެ ތަފާތުތަކެއް ހުރުމަކީ އެކަށީގެންވާ ކަމެއްކަމަށާއި، އެ ތަފާތުތަކަކީ މައްސަލައިގެ ހަޤީޤަތް ފުރޮޅިގެންދާފަދަ ޖައުހަރީ ތަފާތު ތަކަށްނުވާނަމަ، އެ ހެކިވެރިޔާގެ ބަޔާނުގެ ޞައްޙަކަން ގެއްލިގެން ނުދާނެކަމަށް ކަނޑައަޅާފައި ވާކަމަށެވެ. ކްރިމިނަލް ކޯޓުން މުޙައްމަދު ޢާލިމްގެ ހެކިބަހަށް ބުރަދަން ދީފައިވަނީ ބުނެވިދިޔަ އުޞޫލާ ޚިލާފަށްކަމަށެވެ.
27މި މައްސަލައިގައި 07 ޖުލައި 2021 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި، ދައުލަތުން އެދޭގޮތަށް ކުށްސާބިތުވެއްޖެ ޙާލަތުގައި ކަނޑައަޅަންޖެހޭ އަދަބާގުޅޭގޮތުން ފަނޑިޔާރުން ސުވާލު ކުރައްވާފައިވެއެވެ. ޢަލީ ޢާލިމްގެ މައްޗަށް ދަޢުވާކޮށްފައިވާ ކުށްބަޔާންކުރާ މާއްދާ މިހާރު އުވާލާފައިވާކަމަށާއި، އެ ކުށްމިހާރު ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 111 ވަނަ މާއްދާގައި ކަމަށްވާއިރު، އެ އަދަބަކީ ހާދިސާހިނގިއިރު ކުށްބަޔާންކުރާ މައްދާގައިވާ އަދަބަށްވުރެ ބޮޑުއަދަބެއްކަމަށް ޖަވާބުދީފައިވެއެވެ. އަދި މުއްތަހަމަށް ލިބެންޖެހޭނީ ކުށްކުރިއިރުއޮތް އަދަބަށްވުރެ ބޮޑުނުވާ އަދަބެއްކަމަށ ދައުލަތުން ބުނެފައިވެއެވެ.
28މި މައްސަލައިގައި 28 ނޮވެމްބަރ 2024 ދުވަހު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލުތަކާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ. މީގެފަހުން "ޤާނޫނުލްޢުޤޫބާތު"ކަމަށް ބުނެފައިވާ.
1.28. މި މައްސަލައިގައިވާ ހާދިސާހިނގި ތާރީޚަކީ ކޮބައިތޯ ސުވާލުކުރުމުން، 23 ފެބްރުއަރީ 2015 ދުވަސްކަމަށް ދައުލަތުން ޖަވާބުދީފައިވެއެވެ. ކުށުގެ ޢަމަލު ފުރިހަމަވިކަމަށް ދައުލަތުންދެކެނީ ކޮންތާރީޚެއްގައިތޯ ޝަރީޢަތުން ސުވާލުކުރުމުން، 25 ފެބްރުއަރީ 2015 ދުވަސްކަމަށް ދައުލަތުން ބުނެފައިވެއެވެ. ކުށްފުރިހަމަވި ހިޖުރީ ތާރީޚަކީ ކޮބައިތޯ ސުވާލުކުރުމުން، 06 ޖުމާދަލްއާޚިރާ 1436 ކަމަށް ދައުލަތުން ބުނެފައިވެއެވެ.
2.28. މި މައްސަލައަކީ ކޮންބާވަތެއްގ މަރުގެ މައްސަލައެއްތޯ ސުވާލުކުރުމުން، ޤަޠުލު ޚަޠައު އެއްކަމަށް
3.28. އިސްތިއުނާފު ރައްދުވާ ފަރާތަކީ އެއްވެސް އިރެއްގައި ދިވެހިރާއްޖޭގެ ލައިސަންސެއްއޮތް މީހެއްތޯ ސުވާލުކުރުމުން، ހާދިސާ ހިނގުމާހަމައަށް އެއްވެސްއިރެއްގައި ލައިސަންސެއް އޮތްމީހެއް ނޫންކަމަށާއި، މިހާރުގެ ޙާލަތު ނޭނގޭކަމަށް ދައުލަތުން ބުނެފައިވެއެވެ.
4.28. މި މައްސަލައިގައި މިހާރު އަދަބު ކަނޑައަޅަންޖެހޭނީ ކޮންޤާނޫނަކުންތޯ ސުވާލުކުރުމުން، ދައުލަތުން ޝަރީޢަތަށްއައީ އަދަބާ ގުޅޭގޮތުން ވާހަކަދެއްކުމަށް ތައްޔާރުވެގެން ނޫންކަމަށް ބުނެފައިވެއެވެ. އެންމެފަހުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަދަބާގުޅޭގޮތުން ވާހަކަ ދައްކާފައިވާއިރު، މިއަދުގ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވާންޖެހޭނީ ތައްޔާރުވެގެންކަން ދައުލަތަށް ޝަރީޢަތުން އެންގުމުން، މި މައްސަލައިގައި ދަޢުވާކޮށްފައިވާ ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބު މިހާރުއޮތް އަދަބަށްވުރެ ލުއިކަމަށާއި، ދަޢުވާކުރި ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަކީ އިސްލާމީ ޝަރީޢަތުގައިވާ އަދަބުގެ އިތުރުން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ލައިސަންސް ހިފެހެއްޓުންކަމަށް ބުނެފައިވެއެވެ. އަދި ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މިހާރު އަދަބު ކަނޑައަޅަންޖެހޭނީ ކުރީގެ ޤާނޫނުގެ މާއްދާގެ ދަށުންކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި މިހާރު ކުށްބަޔާން ކޮށްފައިވަނީ ޤާނޫނުލްޢުޤޫބާތާ ގައިކަމަށް ދައުލަތުން ބުނެފައިވެއެވެ.
5.28. އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި ކުށްނެތީތޯ ސުވާލުކުރުމުން، ޤާނޫނަށްގެނެވުނު 3 ވަނަ އިޞްލާޙުގެދަށުން، އެ ޤާނޫނުގެ 60 ވަނަ މާއްދާ އުވާލާފައިވާކަމަށ ދައުލަތުން ޖަވާބުދިނުމުން، މިހާރުވެސް އެކުށްނެތީތޯއާއި އެ ޤާނޫނުގެ 63 ވަނަ މާއްދާގައި ކުށްއޮތްތޯ ސުވާލުކުރުމުން، އިތުރަށް ބެލުމަށްފަހު، އެ ޤާނޫނުގެ 63 ވަނަ މާއްދާގައި، އެ ކުށްމިހާރު އޮތްކަމަށް ދައުލަތުން
6.28. އެއްގަމު ދަތުރުފަތުރުގެ ޤާނނުގޫ 63 ވަނަ މާއްދާގައިވާ އިޞްލާޙު ގެނެސްފައިވަނީ ކޮންތާރީޚެއްގައިތޯ ސުވާލުކުރުމުން، އިޞްލާޙު ގެނެވިފައިވަނީ 31 އޮގަސްޓު 2020 ދުވަހުކަމަށް ޖަވާބުދީފައިވެއެވެ. މިހާރު އަދަބު ކަނޑައަޅަންޖެހޭނީ ކޮންޤާނޫނެއްގެ ދަށުންތޯއާއި ޤާނޫނުލްޢުޤޫބާތުގެ 111 ވަނަ މާއްދާގެ ދަށުންތޯ ސުވާލުކުރުމުން، އަދަބު ކަނޑައަޅަންޖެހޭނީ އެއްގަމު ދަތުރުފަތުރު ގ ޤާނޫނުގައި ކުރިންއޮތް 60 ވަނަ މާއްދާގެ ދަށުންކަމަށް ދައުލަތުން
7.28. މި މައްސަލައިގެ ހާދިސާއަކީ 2015 ވަނަ އަހަރުގެ ހާދިސާއަކަށްވެފައި، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭނީ 2015 ވަނަ އަހަރުއޮތ ޤާނޫން ނިޒާމުގެ ތެރެއިންތޯ ނުވަތަ 63 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އަދަބަށް އިތުރު ބަދަލެއް އަންނާނެތޯ ޝަރީޢަތުން ސުވާލުކޮށްފައިވެއެވެ. އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާއަށް ޙަވާލާދީ، އަދަބު ކަނޑައަޅަންޖެހޭނީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނުލްޢުޤޫބާތުގެ ދަށުންކަމަށް ދައުލަތުން ޖަވާބުދީފައިވެއެވެ. އެ ޖަވާބާ ގުޅިގެން، ދައުލަތުން ދަޢުވާކުރި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގައި އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާގޮތަށް އަދަބު ދިނުމަށްޓަކައި، ދައުލަތުން ހުށަހަޅާ ޤަޠުލް ޚަޠާއުގެކުށަށް އަދަބު ކަނޑައަޅަންޖެހޭނީ ކޮންޤާނޫނަކުންތޯ ސުވާލުކުރުމުން، އަދަބު ކަނޑައަޅަންޖެހޭނީ ކުރީގައި ޢަމަލު ކުރަމުންދިޔަ ޤާނޫނު ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ޗެޕްޓަރ 3ގެ 88 ވަނަ މާއްދާގެ
(ރ)ގެ ދަށުންކަމަށާއި، އެ މާއްދާގައިވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ޢަމަލުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އެ މީހަކަށް ދޭންޖެހޭނެ އަދަބަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ އަދަބުކަމަށ ދައުލަތުން ބުނެފައިވެއެވެ.
8.28. އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ގެ 60 ވަނަ މާއްދާގައި ދެބައެއް އޮތްކަމާއި، އެ މާއްދާގައިވާ އިސްލާމީ ޝަރީޢަތުގެ އަދަބު ކަނޑައެޅުމުގެ ޤާނޫނީ މަގަކީކޮބައިތޯ ސުވާލުކުރުމުން، ދަޢުވާކުރިއިރު އަދަބު ކަނޑައަޅަންޖެހޭ މާއްދާގައި ޙަވާލާދީފައިވަނީ "ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު"އަށް ކަމަށާއި، އެ ގަވާއިދުގައި މީހެއްގެ މަރުގެދިޔަ ނަގާޙާލަތުގައި ކަނޑައަޅާ އަދަބު ބަޔާންކޮށްފައި ވާކަމަށާއި، މިހާރު މަރުގެދިޔަ ނަގާޙާލަތުގައި ޢަމަލުކުރަންޖެހޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުޞޫލު ނަންބަރު 02/2021 "ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު"ގެ ދަށުންކަމަށާއި، އަދަބު ބަދަލުވެފައިވާކަމަށް
9.28. އޭގެތެރެއިން ކޮންއަދަބެއްތޯ ބޮޑީ ސުވާލުކުރުމުން، ކުރީގައި ކަނޑައަޅާ މަރުގެއަދަބަކީ 100،000.00ރ (އެއްލައްކަ ދިވެހި ރުފިޔާ( ކަމަށާއި، މިހާރުއޮތީ 1،000،000.00ރ (އެއްމިލިއަން ދިވެހި ރުފިޔާ)ކަމަށެވެ. މުޚައްފަފު މަރުގެދިޔައަކީ އަބަދުވެސް 100 (އެއްސަތޭކަ) މީގެފަހުން "ކުރީގެ ޤާނޫނުލްޢުޤޫބާތު"ކަމަށް ބުނެފައިވާ. މީގެފަހުން "އަދަބު ކަނޑައެޅުމުގެ އުޞޫލު"ކަމަށް ބުނެފައިވާ. ޖަމަލުކަމަށާއި، އެ ޢަދަދު ދައްކާއިރު 100 (އެއްސަތޭކަ) ޖަމަލުގެ އެއިރެއްގެއަގު ދައްކަންޖެހނޭކަމަށ ދައުލަތުން ދެކޭކަމަށް ބުނެފައިވެއެވެ.
10.28. އަޒުލީލާ ޢާބްދﷲ ގެ ވާރިސުންގެ ފަރާތުން މިހާރު މަރުގެދިޔަ ބޭނުންނުވާކަމަށް ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާއިރު، މި މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ވާރިސުން ބޭނުންވަނީ މަރަށްމަރުކަމަށް ބުނެފައިވާތީ، މަރުގެދިޔަ ބޭނުންނުވާކަމަށް ދައުލަތުން ބުނެފައިވަނީ، މިއީ އެފަދަ ޙާލަތެއް ނޫންކަން ޢާއިލާއަށް ސާފުވުމަށްފަހުތޯ ސުވާލުކުރުމުން، ދަށުކޯޓުގައި ވާރިސުންގެ ބަހެއްހޯދާފައި ނުވާކަމަށް ދައުލަތުން ބުނެފައިވެއެވެ. ތަޙުޤީޤު ބަޔާންތަކުގައި މަރަށްމަރު ބޭނުންކަމަށް ބުނެފައިވާއިރު، ވާރިސުންގެބަހެއް އިތުރަށް ހޯދަންޖެހޭކަމަށް ދައުލަތުން ދެކޭކަމަށް ބުނެފައިވެއެވެ. އަދި ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މަރުގެދިޔަ ބޭނުންނުވާކަމަށް ބުނެފައިވަނީ ކޮންއިރެއްގ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށްތޯ ސުވާލުކުރުމުން، އެގޮތަށް ބުނެފައިވަނީ ތަޙުޤީޤު ބަޔާނަށް ބިނާކޮށްކަމަށް ބުނެފައިވެއެވެ. މި ޙާލަތުގައި ދައުލަތުން އެދޭގޮތަކީ ކޮބައިތޯ ސުވާލުކުރުމުން، ކުށްސާބިތުވާކަމަށް ކަނޑައަޅާ ޙާލަތުގައި، ކުރިން ކޯޓުން ޢަމަލުކޮށްފައި ވާގޮތަށްބަލައި، ވާރިސުން ޙާޟިރުކޮށް ބަހެއްހޯދުމަށ އެދޭކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި ދިޔައާގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދިޔަބޭނުން ނުވާކަމަށް ދައުލަތުން ކުރިން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތް ނުކުރުމަށް ދައުލަތުން އެދިފައިވެއެވެ.
11.28. އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގައި ނުރައްކާތެރިކޮށް ދުއްވުމާއި ފަރުވާކުޑަކޮށް ދުއްވުން އޮތްއިރު، ދައުލަތުން ޙަވާލާދެނީ އެ މާއްދާއަށް ޖުމްލަކޮށްތޯ ސުވާލުކުރުމުން، ޙަވާލާދެނީ 60 ވަނަ މާއްދާގެ (ހ)އަށް ކަމަށާއި، ދަޢުވާ ސީޣާގައިވަނީ ނުރައްކާތެރިކޮށް ދުއްވުންކަމަށާއި، ދައުލަތު ނ ސާބިތުކޮށްދޭން ޖެހޭކަމަށްދެކެނީ، ނުރައްކާތެރިކޮށް ދުއްވުންކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި އެގޮތުގެމަތިން ދައުލަތުން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތް ކޮށްދިނުމަށް އެދިފައިވެއެވެ.
29އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "ކްރިމިނަލް ކޯޓުގް ނަންބަރު 109/Cr-C/2016 ޤަޟިއްޔާ އިން ބެއްލެވި މައްސަލަ ސާބިތުނުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މައްސަލަ ސާބިތުވާކަމަށް ކަނޑައަޅުއްވައިދެއްވުމަށް." އިސްތިއުނާފު ރައްދުވާފަރާތުން ދައްކާފައިވާ ވާހަކަ
30މި މައްސަލައިގައި ދައުލަތުން ހުށަހެޅި އިސްތިއުނާފު ފޯމާ ގުޅިގެން، ޢަލީ ޢާލިމްގެ ފަރާތުން ލިޔުމުން ޖަވާބު ހުށަހަޅާފައިނުވެއެވެ. ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ އިސްތިއުނާފާއި، ފަނޑިޔާރުން ކޮށްފައިވާ ސުވާލުތަކާ ގުޅިގެން ޢަލީ ޢާލިމް ވާހަކަ ދައްކާފައިވެއެވެ.
31މި މައްސަލައިގައި 07 ޖުލައި 2021 ދުވަހު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި، ދައުލަތުގެ އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ޖަވާބު ދިނުމަށް ޢަލީ ޢާލިމްއަށް ދެވުނު ފުރުޞަތުގައި ދައްކާފައިވާ މައިގނަ ޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.31. މިކަމަކީ އެއްވެސް ޙާލެއްގައި ގަސްދުގައި ކޮށްފައިވާކަމެއް ނޫންކަމަށާ އ، އެކަންތައް ހިނގައިދިޔައިމަ ވަރަށް ހިތާމަ ކުރާކަމަށް ޢަލީ ޢާލިމް ބުނެފައިވެއެވެ. އެ ހާދިސާ ހިނގައިދިޔަ ގޮތަކީ ބަންގްލަދޭޝް މީހަކު ވަށިގަނޑެއް ހިފައިގެންދިޔަ ގަޑީގައި ގަމީސްއަޅައިގަނެގެން ވެއްޓި، ސައިކަލު ވިއްސައިގެންގޮސް މަރުޙޫމާގެ ގައިގައި ޖެހމުނުކަމަ ށެވެ. އަދި މަރުޙޫމާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމުގައި އެހީތެރި ވެފައިވާކަމަށް ބުނެފައިވެއެވެ.
2.31. ޢަލީ ޢާލިމްގެ އަތުގައި ލައިސަންސް އޮތްތޯ ފަނޑިޔާރުން ސުވާލުކުރެއްވުމުން، ލައިސަންސް ނެތްކަމަށް ބުނެފައިވެއެވެ. ލައިސަންސްނެތި ސައިކަލު ދުއްވީ ކީއްވެގެންތޯ ސުވާލުކުރުމުން، ތަނަކަށް ދާންޖެހިގެން ދިޔައީކަމަށް ބުނެފައިވެއެވެ. އަދި ހިނގާފައި ނުވަތަ އެހެންމީހެއްގެ ސައިކަލުގެ ފަހަތުގައި ނުދިޔައީ ކީއްވެތޯ ސުވާލުކުރުމުން، އެކަހަލަކަމެއް ތަކުރާރު ނުކުރާނެކަމަށް ޢަލީ ޢާލިމް ބުނެފައިވެއެވެ. ސައިކަލު ދުއްވީ ކިހައިބާރު މިނެއްގައިތޯ ސުވާލުކުރުމުން، ގަޑިއަކު 20 ކިލޯމީޓަރަށްވުރެ މަޑުނ ދުއްވިކަމަށް ޖަވާބުދީފައިވެއެވެ.
3.31. ދައުލަތުން ދެއްކި ވާހަކަތަކާ ގުޅޭގޮތުން އިތުރަށް ފާހަގަކުރަންހުރި ކަންކަމަށް ފުރުޞަތު އެރުވުމުން، އަދަބެއްދޭނަމަ އެންމެކުޑަ އަދަބު ދިނުމަށް އެދޭކަމަށް ޢަލީ ޢާލިމް ބުނެފައިވެއެވެ.
32މި މައްސަލައާ ގުޅިގެން 28 ނޮވެމްބަރ 2024 ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، އިސްތިއުނާފު ރައްދުވާ ފަރާތާ ކުރެވުނު ސުވާލުތަކާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.32. ވަކީލަކާނުލައި ޙާޟިރުވީތ ވަކީލަކީ ބޭނުންނުވަނީތޯ ސުވާލުކުރުމުން، ވަކީލަކު ބޭނުންނުވާކަމަށް ޢަލީ ޢާލިމް ބުނެފައިވެއެވެ.
2.32. އެއްގަމުގައ ދުއްވި އިންޖީނުލީ އެއްޗެތި ދުއްވުމުގެ ލައިސަންސް އޮތްތޯ ސުވާލުކުރުމުން، މިހާރުވެސް ލައިސަންސް ނެތްކަމަށް ބުނެފައިވެއެވެ.
3.32. ދައުލަތާ ކުރެވުނު ސުވާލުތަކާ ގުޅިގެން ޖަވާބުދިނުމަށް ދެވުނު ފުރުޞަތުގައި، އިތުރުކަމެއް ފާހަގަކުރަން ނެތްކަމަށް ޢަލީ ޢާލިމް ބުނެފައިވެއެވެ. އަދި ފަހުފުރުޞަތުގައިވެސް އިތުރުކަމެއް ފާހަގަކުރަން ނެތްކަމަށް ބުނެފައިވެއެވެ.
33އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "މައްސަލައިގައި އަދަބެއް ކަނޑައަޅންޏަ އެންމެކުޑަ އަދަބެއް ކަނޑައަޅައިދެއްވުން އެދެން ".
34ޕްރިސިޑެންސް 1މި މައްސަލައގި އިސްތިއުނާފަށް ބަލާއިރު ދައުލަތުގެ މައިގަނޑު ޝަކުވާއަކީ، ކްރިމިނަލް ކޯޓުން ހެކި ވަޒަންކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އަދި އޭގެން ވާސިލުވި ނަތީޖާވެސް ނުރަނގަޅު ކަމަށެވެ. އިސްތިއުނާފީ ކޯޓުން އަލުން ހެކިވަޒަންކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި، ބަޔާންކޮށްފައިވާ ހަތަރު އުޞޫލުގެ ތެރެއިން މި މައްސަލައިގެ ޙާލަތާ ގުޅުންހުރި ދެ އުޞޫލެއް އޮތްކަމަށް ބެލެވެއެވެ. ފުރަތަމަ އުޞޫލަކީ، ހެކިތަކަށް ޝާމިލުގޮތެއްގައި ބަލާއިރު، ހެއްކަކުން ނުވަތަ ހެކިތަކުން ޝަރީޢަތްކުރާ ކޯޓަކުން ނެރެފައިވާ ދޭހައަކީ ރަނގަޅުނޫން ދޭހައެއްކަމަށް ފެންނަނަމަ ހެކި އަލުން ވަޒަން ކުރެވުމެވެ. އަދި ދެވަނަ އުޞޫލަކީ، މައްސަލައިގައި ސާބިތުވެފައިވާ ވާގިއާތަކުގެ މައްޗަށް ތަޠުބީޤުކޮށްފައިވަނީ ނުރަނގަޅު ޤާނޫނީ އުޞޫލުތަކެއް ކަމުގައިވާނަމަ ހެކިތައް އަލުން ވަޒަންކުރުމެވެ. ވީމާ، މި ދެޙާލަތަށް ރިޢާޔަތްކޮށް، ދައުލަތުގެ ހުށަހެޅުންތަކަށްބަލައި، މި މައްސަލައިގެ ހެކިތައް އަލުން ވަޒަން ކުރެވިދާނެކަމަށް ދެކެމެވެ. ކްރިމިނަލް ކޯޓުން މައްސަލަ ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)އާ ޚިލާފަށްތޯ؟
35މި ނިންމުމުގެ ނުކުތާ 28 ގައި ދައުލަތުން ބަޔާންކޮށްފައިވާ ފަދައިން، މި މައްސަލައިގެ ކުށުގެ ޢަމަލު ފުރިހަމަވެފައިވަނީ 25 ފެބްރުއަރީ 2015 ދުވަހުއެވެ. ދައުލަތުން ކޮށްފައިވާ ދަޢުވާގއިވަ ކުށާގުޅޭގޮތުން ޤާނޫނުތައް ތަރުތީބު ވެފައިވާކަމަށް ދެކޭގޮތް ތިރީގައި ބަޔާންކުރަމެވެ.
36މި މައްސަލައިގައި ދައުލަތުން ދަޢުވާކޮށްފައިވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ
(ހ)ގެ ދަށުންނެވެ. ދައުލަތުގެ ފަރާތުން 15 މާރޗް 2016 ދުވަހު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާ ހުށަހެޅިއިރު، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ)ގައި، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް، އުޅަނދު ދުއްވައިގެން މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، އިސްލާމީ ޝަރީޢަތުން ކަނޑައަޅާ ބަދަލުދިނުމުގެ އަދަބުގެ އިތުރަށް، އެ އުޅަނދު ދުއްވި މީހާގެ ލައިސަންސް 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ހިފަހެއްޓޭނެކަމަށް ބުނެފައިވެއެވެ.
37ޤާނޫނު ނަންބަރު 36/2015 (ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު)އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)އ ން، މި މައްސަލައިގައި ދަޢުވާކޮށްފައިވާ ކުށްބަޔާންކުރާ މާއްދާ އުވާލެވިފައިވެއެވެ. އެ ޤާނޫނު ތަޞްދީޤު ކޮށްފައިވަނީ 30 ނޮވެމްބަރ 2015 ދުވަހުއެވެ.
38ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ތަޞްދީޤު ކޮށްފައިވަނީ 13 އޭޕްރީލް 2014 ދުވަހު ކަމަށްވާއިރު، އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ނ)ގައި، އެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ ޤާނޫނު ފާސްވެ ތަޞްދީޤުކޮށް ޝާއިޢުކުރާތާ 12 (ބާރަ) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންކަމަށް ބުނެފައިވެއެވެ. އެއީ 13 އޭޕްރީލް 2015 ކަމަށް ބަލަންޖެހޭކަމަށް ދެކެމެވެ.
39ޕްރިސިޑެންސް 5އެއްގަމު ދަތުރުފަތުރު ގެ ޤާނޫނުގު 60 ވަނަ މާއްދާގެ (ހ)ގެ ދަށުން، ނުރައްކާތެރިކޮށް ދުއްވުމުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުމުގެކުށް ސާބިތުވާ ޙާލަތުގައި، އަދަބު ކަނޑައަޅަންޖެހެނީ ކުރީގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ)ގެ ދަށުންކަމަށް ދެކެމެވެ. އެހެނީ، ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ)ގައި، ޤާނޫނަކުން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދެއްގެ ދަށުން، މީހަކަށް އަދަބެއް ދޭންވާނީ، އެ ޤާނޫނެއް ނުވަތަ އެ ގަވާއިދެއް ޢާއްމުކށޮ ޝާއިޢު ކޮށްފައިވާނަމަކަމަށް ބަޔާންކޮށްފައި އޮތުމުގެ މައްޗަށް ރިޢާޔަތްކޮށް، މިހާރު ޢަމަލު ކުރަމުންދާ ޤާނޫނުއަސާސީ 2008 ވަނަ އަހަރު ތަޞްދީޤު ކުރުމަށްފަހު، މަރުގެ މައްސަލަތަކުގައި އިސްލާމީ ޝަރީޢަތުގައިވާ އަދަބު ކަނޑައަޅާފައިވަނީ ކުރީގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ)ގެ ދަށުން ކަމަށްވާތީއެވެ. މި މައްސަލައިގައި ދައުލަތުން ހުށަހެޅި ދަޢުވާ ފޯމުގައިވާ ތާރީޚަކީ 28 ޖަނަވަރީ 2016 ކަމަށްވާއިރު، ޝަރީޢަތުގެ މަޖިލީހުގައި މި ދަޢުވާ ހުށަހަޅާފައިވަނީ 15 މާރޗް 2016 ދުވަހު ކަމަށްވާއިރު، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާ އުވާލާފައިވަނީ 30 ނޮވެމްބަރ 2015 ދުވަހުއެވެ. އެހެންކަމުން، މި މައްސަލައިގެ ހާދިސާ ހިނގި ތާރީޚަކީ 25 ފެބްރުއަރީ 2015 ދުވަސް ކަމަށްވާއިރު، އެ ތާރީޚުގައި ކުށް ބަޔާންކުރާ ޤާނޫނގު މާއްދާއެއްއޮތެވެ.
40ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)ގެ 19 ވަނަ މާއްދާގެ
(ށ)ގައި، ޤާނޫނެއް ބާޠިލުވެއްޖެ ހިނދެއްގައި، އެހެންގޮތަކަށް މާ ނަނުކުރެވޭހައި ހިނދަކު، ޤާނޫނު ބާޠިލުވުމާ ހަމައަށް އެ ޤާނޫނުގެ ދަށުން ކޮށްފައިވާ ޢަމަލުތައް ބާޠިލުވެގެން ދިއުމާއި، ބާޠިލުވެގެނދިޔުމާ ހަމައަށް، މީހަކަށް ލިބިފައިވާ ޙައްޤެއް، ނުވަތަ އިމްތިޔާޒެއ ނުވަތް މީހަކު އުފުލަންޖެހޭ ޒިއްމާއެއް ނުވަތަ ވާޖިބެއް ނެތިގެން ދިޔުމާއި، ހިންގާފައިވާ އެއްވެސް ތަޙުޤީޤެއް ނުވަތަ ޤާނޫނީ މަސައްކަތެއް ނުވަތަ ޝަރުޢީ މަސައްކަތެއް ނެތިދިޔުމަކީ، އެގޮތަށް ނުވާނެކަމަށް ޤާނޫނު ޤަބޫލުކުރާ ކަންކަންކަމަށް ބަޔާންކޮށްފައިވެއެވެ.
41މި ޙާލަތުގައި، މައްސަލައިގެ ހާދިސާ ހިނގިއިރު ކުށާއި އަދަބު، ޤާނޫނުއަސާސީގެ 61 ވަނަ މާއްދގާ
(ށ)ގެ ބޭނުމަށް ފުރިހަމަ ވެފައިވާއިރު، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށް، ދަޢުވާކުރިއިރު އުވާލާފައި ވީނަމަވެސް، ކުރީގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ މީގެފަހުން "މާނަކުރުމުގެ ހަމަތަކުގެ ޤާނޫނު"ކަމަށް ބުނެފައިވާ.
(ހ)ގެ ދަށުން، އިސްލާމީ ޝަރީޢަތުގއަ ގަސްދަކާނުލައި ހިންގާ ޢަމަލެއްގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ދިނުމުގެ ކުށާއި އަދަބު ކަނޑައަޅަންޖެހޭ މާއްދާ އުވާލާފައނުވިއެވެ. އެހެންކަމުން، ޢަލީ ޢާލިމްއަށް ދަޢުވާ އިއްވިއިރު، ނުރައްކާތެރިކޮށް އެއްގަމު އުޅަނދެއް ދުއްވުމުގެ ސަބަބުން ފުރާނައަށް ގެއްލުން ދިނުމުގެ ކުށް ބަޔާންކުރި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާ އުވާލާފައި ވީނަމަވެސް، ޤަޠުލު ޚަޠައުއާއި އޭގެއަދަބު ދެމިއޮތުމުން، މި މައްސަލައަކީ ޤާނޫނުއަސާސީގެ 59 ވަނަ މާއްދއާއާ 61 ވަނަ މާއްދާގެ (ށ)ގެ ބޭނުމަށް، ދައުލަތުގެ ދަޢުވާގައިވާ ކުށާއި އަދަބު ތަޖުރީމ ކޮށްފައިވު މައްސަލައެއްކަމަށް
42އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ)ގެ ދަށުން ދައުލަތުން ފުރަތަމަ ސާބިތު ކޮށްދޭން ޖެހޭކަމަކީ، މި މައްސަލައިގައި ޢަލީ ޢާލިމް ސައިކަލު ދުއްވީ ނުރައްކާތެރިކޮށްކަމެވެ. އެގޮތުން، ދައލަތާއު ޚުދު ޢަލީ ޢާލިމްގެ ބަހަށް ބަލާއިރަ ޢަލީ ޢާލިމްއަކީ، އެއްގަމުގައ ދުއްވި އިންޖީނުލީ އެއްޗެއް ދުއްވުމުގެ ލައިސަންސް އެއްވެސް އިރެއްގައިއޮތް މީހެއްނޫނެވެ.
43އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 1 ވަނަ މާއްދާގައިވާ ތަޢާރަފުގައި، އެ ޤާނޫނަކީ، ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމާއި، ދުއްވުމާއި، އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމާއި، އެއްގަމު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާއި، އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމާއި ޚިދުމތްދަ ތަންތަން ރަޖިސްޓަރީ ކުރުމާއި، އެނޫނަސް އެއްގަމު ދަތުރުފަތުރުގެ ނިޒާމާގުޅޭ އެންމެހައި ކަންތައްތަކާބެހޭ ޤާނޫނުކަމަށް ބުނެފައިވެއެވެ.
44އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ)ގައި، އެއްގަމު އުޅަނދުގެ ތެރެއިން އިންޖީނުލީ އުޅަނދެއް ދުއްވަންވާނީ މިނިސްޓްރީން ކަނޑައަޅާ ގަވާއިދެއްގެ ދަށުން، ބާއްވާ އިމްތޙިނުން ފާސްވެ، މި މާއްދާގައިވާ ކުށް 'ނުރައްކާތެރިކޮށް ނުވަތް ފަރުވާކުޑަކޮށް" ކުޅައުމުގެ ފުރުޞަތު އޮތްއިރު، ދައުލަތުގެ ދަޢުވާގައިއޮތީ "ނުރައް ކާތެރިކޮށް" ދުއްވިކަމަށެވެ. އެފަދަ އުޅަނދެއް ދުއްވުމަށ ނުވަތް އޮޕަރޭޓް ކުރުމަށް ލައިސަންސް ލިބިގެންނެވެ. އަދި އެ ޤާނޫނުގެ 32 ވަނަ މާއްދާގައި، އެއްގަމު އުޅަނދެއް ދުއްވަން ދަސްކުރުމަށްޓަކައި ދުއްވަންވާނީ، މިނިސްޓްރީން ކަނޑައަޅާ ނަމޫނާއަކ އެއްގޮތްވާ ގޮތުގެމަތިން ހަދާފައިވާ ނިޝާނެއް، އެ އުޅަނދުގެ ކުރީގއަ އާ ފަހަތުގައި ހަރުކޮށްގެންނެވެ. ދުއްވަން ދަސްކުރާ މީހާއާއެކު، އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހަކު އިންނަންވާނެ ކަމަށާއި، ދަސްކުރާ އުޅަނދެއްގައި، ދެމީހުންނަށްވުރެ އިތުރަށް މީހުން ތިބެގެން ނުވާނެކަމަށް
45އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ)ގެ ދަށުން ހަދާފައިވާ، ގަވާއިދު ނަންބަރު 9200/4 "އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދު"ގެ 4 ވަނަ މާއްދާގެ (ށ)ގައި، އެއްގަމު އުޅަނދު ދުއްވުމުގެ ނުވަތަ އޮޕަރޭޓް ކުރުމުގެ ލައިސަންސްނެތި، އުޅަނދު ދުއްވުމާއި އޮޕަރޭޓް ކުރުމަކީ މަނާކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ދައުލަތުން އެކަށައެޅި ސިޔާސަތަކީ، މަގުމަތީގައި ޢާއްމުންގެ ތެރޭގައި އެއްގަމު އުޅަނދެއް ދުއްވަންވާނީ، އެމީހަކީ މަގުމަތީގައި އުޅަނދެއް ދުއްވުމަށ ޤާނޫނީގޮތުން އެކަށީގެންވާ މީހެއްކަމަށް ދައުލަތުގެ އިދާރާއަކުން ކަނޑައަޅައި، އެފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް ދިނުމުގެ ސަބަބުން، އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދައޮތް މީހެއްކަމަށް ކަނޑައެޅުމަށްފަހުއެވެ.
46ލައިސަންސް ދޫކުރުމުގެ ޢާއްމު އިޖުރާއަތުތަކަށް ބަލާއިރު، މީހަކަށް އެއްގަމު ދަތުރުފަތުރު ކުރުމުގެ ލައިސަންސް ލިބިދެވެނީ، ޤާނޫނާއި ގަވާއިދާ ގުޅޭގޮތުން ލިޔުމުން އިމްތިޙނު ކުރުމަށްފަހު، އެ އިމްތާ ޙިނުގައި ވަކި އިންސައްތައަކުން ފާސްވުމަށްފަހު، މަގުމަތީ ޤާނޫނުތަކާއި ގަވާއިދުތަކަށް އެމީހަކު އަހުލުވެރި މީގެފަހުން "އއ ގަމު އުޅަނދުގެ ލައިސަންސް ގަވާއިދު"ކަމަށް ބުނެފައިވާ. މި ގަވާއިދަކީ ގަވާއިދު ނަންބަރު 102-2021/R "އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު" 15 ޖުލައި 2021 ދުވަހު ގެޒެޓް ކުރުމާހަމައަށ ޢަމަލް ކުރެވުނު ގަވާއިދެވެ. އެއްގަމު އުޅަނދުގެ ލައިސަންސް ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ)ގައި، ޤާނޫނާއި ގަވާއިދުގެ އިމްތިޙާނުން ފާސްވިކަމަށް ބަލާނީ އެ އިމްތޙި ނުގެ މަޖުބޫރު ސުވާލުތަކުގެ އެއްވެސް ޖަވާބެއް ނުބައިނުވެ، މުޅި އިމްތިޙާނުން %75 މާކްސް ލިބުމުންކަމަށް ބުނެފައިވެއެވެ. ވެފައިވާކަން ޢަމަލީގޮތުން ސާބިތު ކޮށްދިނުމަށްކުރެވޭ އިމްތިޙާނަކަށްފަހުއެވެ. ވީމާ، ޤާނޫނު ތަންފީޒު ކުރާގޮތަށް ބަލާއިރު، ލިޔުމުންހަދާ އިމްތިޙނުނާ ފާސްވުމަކުން ނުފުދެއެވެ. އެމީހަކީ ޙަޤީޤަތުގައިވެސް މަގުމަތގައީ ދުއްވަން ހުއްދަދިނުން އެކަށީގެންވާ މީހެއްތޯ، ދައުލަތުން ހުއްދަދީފައިވާ މީހަކު ބަލއަ ވަޒަންކުރުމަށްފަހު މެނުވީ، މަގުމަތީ ދުއްވުމުގެ ޤާނޫނީ ހައިސިއްޔަތެއް މީހަކަށް ނުލިބެއެވެ. އަދި ކޮންމެ ލައިސަންސްއަކީ، ދުއްވާ އުޅަނދގު ބާވަތް ނުވަތަ ދާއިރާއަކަށް ޚާއްޞަވެގެންވާ ލައިސަންސްއެކެވެ. މިސާލަކަށް، ސައިކަލު ދުއްވުމުގެ ލައިސަންސް އޮތުމަކީ، ކާރެއ ނުވަތް ޑަމްޕަރެއް ނުވަތަ ކެރޭނެއް ނުވަތަ ސޭލާއެއް ދުއްވަން ލިބިދެވޭ ލައިސަންސެއްނޫނެވެ.
47ޕްރިސިޑެންސް 2އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 1 ވަނަ މާއްދާއާއި، 33 ވަނަ މާއްދާއާއި 32 ވަނަ މާއްދާއަށް ބެލުމުން، އެއްގަމު އުޅަނދު ދުއްވުމާއި، އެއްގަމު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެއްގަމު އުޅަނދެއް ދުއްވަންވާނީ އެފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އޮތްމީހެކެވެ. އެ ޤާނޫނުގެ 32 ވަނަ މާއްދާއަށް ބެލުމުން، ލައިސަންސްނެތް މީހަކު ދުއްވަންޖެހޭނީ ލައިސަންސްއޮތް މީހަކާއެކު ކަމަށްވުމުގެ އިތުރުން، ލައިސަންސްނެތި ދުއްވާއިރު، ޢާއްމުންނަށް އެކަން އެނގޭނެ ނިޝާނަކާނުލައި އުޅަނދެއް ދުއްވުމަކީވެސް މަނާކަމއްކަން އެނގެއެވެ. ބުނެވިދިޔަ މާއްދާތަކަށް ޖުމްލަކޮށް ރިޢާޔަތްކުރުމުން، މީހަކު އެއްގަމު އުޅަނދެއް ދުއްވީ، އެފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސްނެތި ކަމަށްވާނަމަ، އެމީހަކީ ނުރައްކާތެރިކޮށް ދުއްވާ މީހެއްކަމަށް ޤާނޫނީގޮތުން އިފްތިރާޟު ކުރަންޖެހޭކަމަށް ދެކެމެވެ. އެނޫންގޮތަކަށް ތަރުޖަމާކުރުމަކީ، މާނަކުރުމުގެ ހަމަތކުގަ ޤާނޫނުގެ 17 ވަނަ މާއްދާގައި، ޤާނޫނު މާނަކުރުމުގައި އެ އެއްގަމު އުޅަނދުގެ ލައިސަންސް ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ)ގައި، ޤާނޫނާއި ގަވާއިދުގެ އިމްތިޙާނުން ފާސްވެފައިވާ ފަރާތްތަކުން، ދުއްވުމުގެ އިމްތިޙާނުގައި ބައިވެރިވުމަށް އެދޭއިރު ޤާނޫނާއި ގަވާއިދުގެ އިމްތިހާނުން ފާސްވިކަމަށް ދޫކުރެވިފައިވާ ލިޔުން ހުށަހަޅަންވާނެކަމަށް ބުނެފައިވެއެވެ. އެއްގަމު އުޅަނދުގެ ލައިސަންސް ގަވާއިދުގެ 12 ވަނަ މާއްދާގައި ލައިސަންސް ދޫކުރާ ކެޓަގަރީތައް ބަޔާން ކޮށްފައިވާއިރު، އެ މާއްދާގެ (ދ)ގައި، ލައިސަންސް ނަގާފަރާތަކަށް ދުއްވުމުގެ ކެޓަގަރީތައް ލިބޭނީ ކެޓަގަރީ ތަރުތީބުންކަމަށާއި، ކެޓަގަރީއެއްގައ ހިމެނި ވެހިކަލްތަކުގެ ދަށުން ފެށިގެން މައްޗަށް އިމްތިޙާނު ހެދުމަށްފަހުއެވެ. ޤާނޫނެއް އެކުލަވާލި މަޤުޞަދަށް، ނުވަތަ އެ ޤާނޫނުން ހާސިލު ކުރަން ބޭނުންވާ އަމާޒުތައް ހާސިލުވާނެގޮތަށް ޤާނޫނު މާނަކުރުމަށް އިސްކަންދިނުމށައި، ޤާނޫނުގެ މަޤުޞަދު ހާސިލުނުވާގޮތަކަށ ޤާނޫން މާނަނުކުރުމުގެ އުޞޫލާ ޚިލާފު ތަރޖަމު އެއްކަމަށް ދެކެމެވެ.
48އެހެނީ، ލައިސަންސް ދިނުމުގައި މަގުމަތީގައި ދުއްވާ އއްޗެއްސާއެ ހިނގައިބިނގައިވެއުޅޭ އެންމެންގެ ސަލާމަތަށް ޤާނޫނާއި ގަވާއިދުގައި ރިޢާޔަތް ކޮށްފައިވާއިރު، އެހުރިހާ އުޞޫލުތައް ބޮލައިލައިޖަހައި، ޤާނޫނުތަކާއި ގަވާއިދުތައް މުގުރައި، މަގުމަތީގައި ދުއްވާފައިދިޔަ މީހަކީ ފުރަތަމަވެސް ފަރުވާތެރިކޮށް އަދި ރައްކާތެރިކަމާއެކު ދުއްވި މީހެއްކަމަށް ޤާނޫނީގޮތުން ބެލެވޭނެކަމކަ ށ ނުދެކެމެވެ. އެގޮތަށް ބަލާނަމަ، ޤާނޫނު ނޭނގުމަކީ އަދި ޤާނޫނަށް ޢަމަލު ނުކުރުމުގެ ސަބަބުން މީހެއްގެ ޢަމަލުތަކަށް ޒިއްމާވންޖެހުމުގާ އުޞޫލުގެ އަސާސެއްނެތެވެ. އަދި ލައިސަންސްނެތި މީހަކު ސައިކަލު ދުއްވީ ފަރުވާތރިކޮށެ ނޫންކަން ދައުލަތުން ސާބިތު ކޮށްދޭންޖެހޭނަމަ، ލައިސަންސްނެގުމަށް ހަރުކަށި އުޞޫލުތަކެއް ހެދުމުގެ ބޭނުމެއްވެސނެތެވެ. އެމީހަކަށް ފެނުނު އިރަކުން، އެމީހަކު ބޭނުންވާ އިންޖީނުލީ އެއްޗެއް، ދުއްވަން އެނގުނަސް ނޭނގުނަސް މަގުމަތީގައި ދުއްވައިގެން ނުކުންނަ އެއްވެސް ނަތީޖާއަކާމެދު ދައުލަތުންވެސް އަދި ޢާއްމުންވެސް ޝިކާޔަތެއް ކުރުމުގެ ޙައްޤެއް ނޯންނާނެއެވެ. މިއީ ޤާނޫނު ގެ ޙުކޫމަތުގެ މަފްހޫމްއާ ޚިލާފު ތަރުޖަމާއެއްކަމަށް
49އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ސިޔާސަތާއި މަޤުޞަދުތަކަށް ބަލާއިރު، އެއްގަމުގައ ދުއްވި އިންޖީނުލީ އުޅަނދެއް ދުއްވުމުގެ ލައިސަންސްނެތް މީހަކު، މަގުމަތީގައި ބާރަށް ވިޔަސް އަދި މަޑުންވިޔަސް ދުއްވުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ. މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، ޢަލީ ޢާލިމްއަކީ ލައިސަންސްއޮތް މީހެއްނޫނެވެ. ޢަލީ ޢާލިމް ދުއްވި ސައިކަލު ދުއްވީ ގަޑިއަކާ 20 ކިލޯމީޓަރަށްވުރެ ބާރަށްތޯ ނުވަތަ ދުއްވީ ގަޑިއަކު 20 ކިލޯމީޓަރާ އެއްވަރަށް ނުވަތަ އެއަށްވުރެ މަޑުނތޯ ބަލަންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަމަށް ނުދެކެމެވެ. ޢަލީ ޢާލިމްއަކީ ސައިކަލެއްގެ ދުއްވާސީޓުގައި އިށީނދެ، އިންޖީނު އިސްޓާޓުކޮށް، ދިވެހިރާއްޖޭގެ އެއްވެސްމަގެއްގައި، ގަޑިއަކު 1 ކިލޯމީޓަރުގެ ބާރުމިނުގައި ނުވަތަ އެއަށްވުރެ މަޑުން ވިޔަސް ދުއްވުމުގެ ޤާނޫނީ ހުއްދައޮތް މީހެއްނޫނެވެ. މި ޙާލަތުގައި، ލައިސަންސްނެތި އެއްވެސް ސްޕީޑެއްގައި މި ރާއްޖޭގެ އެއްވެސް މަގެއްގައި ޢަލީ ޢާލިމް ދުއްވުމަކީ ނުރައްކާތެރިކޮށް ދުއްވުންކަމަށް ދެކެމެވެ.
50މީގެއިތުރުން، ޢަލީ ޢާލިމްގެ ތަޙުޤީޤު ބަޔާނަށް ބަލާއިރު، މީނާ ސައިކަލުގައި ދުއްވާފައި ދަނިކޮށް ކުރިމަތިންދިޔަ ބިދޭސީއަކުގެ ކިބައިންނެއްޓި ކުރިއަރައިގެނ ދިޔުމަށް މަސައްކަތްކުރީ ބިދޭސީ މީހާގެ ވާތްފަރާތުންނެވެ. މަގުމަތީގައި ދުއްވާފައިދާ އުޅަނދެއްގެ ފަހަތުގައިއޮތް އުޅަނދެއް، ކުރިއަރައިގެން ދާކަމުގައިވާނަމަ، ކުރިއަރަންޖެހޭނީ ކުރިމަތީއޮތް އުޅަނދުގެ ކަނާތްފަރާތުންނެވެ. ޢަލީ ޢާލިމް ފުރަތަމަ ދެއްކި ވާހަކައަށް ބަލާއިރު، ޢަލީ ޢާލިމް ދުއްވާފައި ދިޔުމުގައިވެސް މަގުމަތީގެ ގަވާއިދުތަކަށް ޢަމަލުކޮށްފައި ނުވެއެވެ. އަދި ހާދިސާއަށްފަހު ގިނަދުވަސް ވީވަރަކަށް ޢަލީ ޢާލިމް ސައިކަލު ދުއްވިގޮތާމެދު ބަސްބަދަލުވެ، ގަވާއިދާ އެއްގޮތަށް ދުއްވިކަމަށް ވާހަކަ ދައްކާފައިވާއިރު، ލައިސަންސްނެތި ދުއްވުމުގެ ސަބަބުން ޢަލީ ޢާލިމްއަކީ ނުރައްކާތެރިކޮށް ދުއްވި މީހެއްކަމަށް ކުރެވޭ އިފްތިރާޟަށް ބަދަލެއް އަންނަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލެއްނެތެވެ.
51ކްރިމިނަލް ކޯޓުގެ ނިންމެވުމުގައި، ޢަލީ ޢާލިމް ސައިކަލު ދުއްވި ދުވެއްޔާއި އަޒުލީލާ ޢަބްދުﷲ މަގުމަތީ ހިނގާފައި ދިޔަގޮތުގެ ވާޤިޢާ ޤާއިމުވު މުގައި ރިޢާޔަތް ކުރައްވާފައިވަނީ ޢަލީ ޢާލިމްއާއި މުޙައްމަދު ޢާލިމްގެ ބަހަށެވެ. މި މައްސަލައިގެ ތަޙުޤީޤު ބަޔާންތަކާއި، ލިޔުންތަކާއި މަޙުޟަރު ބަޔާންތަކަށް ބަލާއިރު، ހާދިސާއާ ގުޅޭގޮތުން ފާހަގަކުރެވޭ މުހިއްމު ކަންކަން ތިރީގައި އެވަނީއެވެ.
1.51. ޢަލީ ޢާލިމް ކަރަންޓު ފޮއްޓެއްގައި ޖެހުނުކަމަށް ތަޙުޤީޤުގައި ބުނުމަށްފަހު، ކަރަންޓު ފޮއްޓަކީ ކުރިންވެސް ހަލާކުވެފައހުރި ފޮއްޓެއްކަމަށް ޝަރީޢަތުގއަ ބުނެފައިވެއެވެ. މުޙައްމަދު ޢާލިމްގެ ތަޙުޤީޤު ބަޔާނުގައި، ސައިކަލު ބާރަށް ދުއްވާފައި ދަނިކޮށް ކޮނޓްރޯލުން ނެއްޓިގެންގޮސް ކަރަންޓު ފޮއްޓާއި އަޒުލީލާ ޢަބްދުﷲ ގެ ގައިގައިޖެހުނުކަމަށް ބުނުމަށްފަހު، ޝަރީޢަތުގެ މަރުޙަލާއާ ހަމައަށް އައިއިރު، ޢަލީ ޢާލިމް ދުއްވި ސައިކަލަކީ ގަޑިއަކު 25 ކިލޯމީޓަރަށްވުރެ ބާރަށް ނުވެސްދުވާ ސައިކަލެކެވެ.
2.51. ޢަލީ ޢާލިމްގެ މެޑިކޯ ލީގަލް ރިޕޯޓުގައި މީނާގެ ކުރިމަތިން މީހަކުދިޔަ ވާހަކައެއްނެތެވެ. ނަމަވެސް، ޝަރީޢަތުގެ މަޖިލީހުގެ ބަޔާންތަކުގައި ޢަލީ ޢާލިމްއާއި މުޙައްމަދު ޢާލިމްގެ ކުރިމަތިން ދިޔަމީހެއްގެ ވާހަކައޮތްއިރު، ކުރިއަރައިގެން ދިޔަގޮތުގައ ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. ޢަލީ ޢާލިމްގެ ބަހަކީ ވާތްފަރާތުން ކުރިއަރައިގެން ދިޔައިރު ގަމީހުގައި އަޅައިގަތުމަށްފަހު ސައިކަލުގެ ކޮނޓްރޯލު ގެއްލުނީއެވެ. މުޙައްމަދު ޢާލިމްގެ ބަހަކީ، ކަނާތ ފަރާތުން ކުރިއަރައިގެން ދިޔުމުގެ ތެރޭގައި ވާތްފަރާތު ޕެޑަލް އަޅައިގަތއެވެ.
3.51. މި މައްސަލައާ ގުޅިގެން 02 ފެބްރުއަރީ 2020 ދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އެމަޖަންސީ ޑިޕާޓްމަންޓް ހޑެގެ ގޮތުގައި ހުންނެވި ޑަކްޓަރު އަޙްމަދު ޒިޔާންގެ ބަހަށް ބަލާއިރު، އަޒުލީލާ ޢަބްދުﷲ ހޮސްޕިޓަލަށް ގެންދިޔައިރު ހޭވެރކިން އެއްވެސްވަރަކަށް ނެތްކަމަށާއި، ވިންދުވެސާ ނެތްކަމަށް ބުނެފައިވެއެވެ. އަޒުލީލާ ޢަބްދުﷲއަށް އަމިއްލައަށް ނޭވާއެއްނުލެވެއެވެ. ނޭފަތުގެ ވާތްފަރާތުނ ވަރަށްބޮޑަށް ލޭއައިސްފައިވެއެވެ. ހޭގެމިންވަރު ދަށްވެފައި ނޭފަތުން ލޭއަންނަނަމަ، ޢާއްމުކޮށް ސިކުނޑިއަށް އަނިޔާ ލިބިފައިވާކަމަށް ބެލެވޭނެކަމަށް ބުނެފައިވެއެ ވެ. ސީޓީ ސްކޭނެއް ހަދައި ބެލިއިރު، ބޮލުގެ ނާށިގަނޑު ފަޅައިގެންދިޔުމުގެ އިތުރުން، ސިކުނޑިއަށ ވަރަށްބޮޑަށް ލޭއެޅިފައިވާކަމަށެވެ. "ބޮލުގެ ނާށިގަނޑު މިގޮތަށް ފަޅައިގެންގޮސްފައި ހުންނަނީ ފުދޭވަރަކަށް ބޮޑުއަނިޔާއެއް ލިބުނީމަ"ކަމަށެވެ. ގިނަފަހަރަށް މިވަރުގެ އަނިޔާއެއްވަނީ ތަނެއްގައިޖެހި، ނުވަތަ އުސްތަނަކުން ވެއްޓުން، ތަނަކުން ވިއްސައިގެންގޮސ ޖެހުން ނުވަތް ބޮޑުފޯސްއެއް ލިބޭކަހަލަގޮތަކަށް ޖެހުމުންކަމަށް ބުނެފައިވެއެވެ.
52ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރުމީލ ޝަރީފާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ޤާނޫނީ އުޞޫލާއި، އެ ކޯޓުގެ ޢަބްދުﷲ ނަޡފީ ވ. ޕްރޮކިސިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި، ހެކީގެ ބަހުގައި ކުދިކުދި ތަޢާރުޟުވުން ހުރިނަމަވެސް އެ ޚިލާފުގެ މައްޗަށް ބުރަދަން ދޭންޖެހޭފަދަ ޚިލާފެއް ނެތްނަމަ، އެ ހެކިބަހާ ގުޅިފައިވާ އެހެން ހެއްކާއި ޤަރީނާގެ އަލީގައި ކަންހިނގާފައިވާ ގޮތާއި ތަރުތީބު ސާފުވެ، ހާދިސާ ހިނގއަދިޔަގޮތ ޝަރީޢަތަށް އެކަށީގެންވާ މިންވަރަށް ގަބޫލުކުރެވޭނަމަ، ކުށުގެ ޢަމަލު ހިނގާފައިވާގޮތް ޝަރީޢަތުން ކަނޑައެޅުމުގެ އުޞޫލު، ބުނެވިދިޔަ ކަންކަމުގެ މައްޗަށް ތަޠުބީޤުކުރާއިރު، ފާހަގަކުރެވޭ ކަންކަން ތިރީގައި އެވަނީއެވެ.
53ޕްރިސިޑެންސް 4ޢާއްމު އުޞޫލަކީ ޝަރީޢަތުގެ މަޖިލީހުގައި މާތުﷲ ގަންދީ ހުވާކުރުމަށްފަހު، ފާސިގަކުކަމުގައި ނުބެލެވޭ މުސްލިމެއްގެ ބަހަކީ ޙަޤީޤަތްކަމަށް ބެލެވުމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި އިންސާފުވެރި ޝަރީޢަތެއް ކުރެވުމުގެތެރޭގައި ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރުމުގެ އުޞޫލަށް ރިޢާޔަތްކުރުމާއެކު މި ޙާލަތަށް ބަލާއިރު، ތަޙުޤީޤެއްގައި މަޢުލޫމާތު ދިނުމަށްފަހު، ޝަރީޢަތުގައި ދޭބަޔާނުގައި ތަފާތުތަކެއް ހުރިކަމުގައިވާނަމަ، އެ ދެބަޔާނުގައިވާ ވާހަކަތަކަކީ ދެކޮޅުޖެހޭ ވާހަކަތަކެއްތޯ ބަލައި ވަޒަންކުރުމަށްފަހު، އެ ދެބަހުނ ތެދުކަމަށް ފަނޑިޔާރަށް ބުރަވެވޭ ބަހަކީ ކޮބައިކަމާއި އަދި އެފަދައިން ބުރަވެވުނީ ކީއްވެކަން ބަޔާންކުރަން ވާނެކެމަށްދެކެމެވެ. ޝަރީޢަތް ކުރެވެނީ ބޭރުފުށަށް ކަމަށްވެފައި، މައްސަލައެއްގެ ޙަޤީޤަތެއް އެކަށައެޅޭނީ، ފެންނަންހުރި ކަންކަމާއި ވަށައިގެންވާ ކަންކަމާއި، ހާދިސާއާ ގުޅޭގޮތުން މީހުން ދައްކާފައިވާ ވާހަކަތައް އަޅައިކިޔައި، ފުރާނައި، ތެދުދޮގާމެދު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2014/SC-A/19 (ޝަރުމީލ ޝަރީފާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)ޤަޟިއްޔާ ގައި ކަނޑައަޅުއްވާފައިވާ ޤާނޫނީ އުޞޫލު. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާ . ގޮތްތަކެއް ފަނޑިޔާރަކު ނިންމައިގެންކަމަށް ދެކެމެވެ. އަދި މިގޮތުން ވާޤިޢާއަކާގުޅޭ ޤާނޫނީ ނިންމުމެއްގައި ބުއްދީގެ ޢާއްމުހަމަތަކާ ޣަރީބު ނަތީޖާއަކަށް އައުދެވޭނެކަމަކަށް ނުދެކެމެވެ.
54މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބުނެވިދިޔަ ޤާނޫނީ އުޞޫލުތަކުގެ އަލީގައި ބަލާއިރު، ޢަލީ ޢާލިމްއާއި މުޙައްމަދު ޢާލިމްގެ ބަހުގައިވާ ގިނަތަފާތުތަކަށް ހޭލުންތެރިވުމާއެކު އެ ވާހަކަތައް އެއްފަޅިއަކަށް ލުމަށްފަހު، އަޒުލީލާ ޢަބްދުﷲ އަށް ލިބުނު އަނިޔާތަކާ ގުޅޭގޮތުން ޑަކްޓަރ އަޙްމަދު ޒިޔާންގެ ބަހާއެކު، އަލުން އެ ހެކިތައް ވަޒަންކުރާއިރު، ޝަރީޢަތަށް ފައުޅުވާ ޙަޤީޤަތްތައް ތިރީގައި އެވަނީއެވެ.
55ޢަލީ ޢާލިމްއަކީ، ލައިސަންސްނެތި މީހެއްކަން އެނގިހުރެ، ޤާނޫނީގޮތުން މީނާ ދުއްވުންމަނާ އެއްގަމު އުޅަނދެއް ގަސްދުގައި ދިވެހިރާއްޖޭގެ މަގުމަތގައީ ދުއްވިމީހަކަށްވެފައި، މި ޙާލަތުގައި މީނާއަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ)ގެ ބޭނުމަށް، ނުރައްކާތެރިކޮށޭ އެއްގަމު އުޅަނދެއް ދުއްވި މީހެކެވެ.
56ޕްރިސިޑެންސް 3ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ޝަހީމް ޤަޟިއްޔާއަކީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ނ)ގެ ދަށުން، އިންޖނީ ލީ އެއްޗެއް ނުރައްކާތެރިކޮށު ދުއްވުމުގެ ކުށުގެ ދަޢުވާ ދައުލަތުން އުފުލި މައްސަލައެކެވެ. އެ ޤަޟިއްޔާގައި ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަމުގެ (ނ)ގައި، ޝަރީޢަތުން ކަނޑައަޅަންޖެހޭނީ އާދައިގެ ފަރުދެއްގެ (man (reasonable ނަޒަރުގައި، ތުހުމަތުކުރެވޭމީހާ ދުއްވާފައި ދިޔަގޮތަކީ ނުރައްކާތެރި ގޮތެއްކަމަށް އޭނާއަށް ޤބޫލުކުރެވޭކަނަ ނުވަތަ ނޫންކަން، އަދި އެގޮތަށް ދުއްވާފައި ދިޔުމުން މީހަކަށް ގެއްލުން ލިބުމުގެ އިޙްތިމާލު އޮތްކަން ގަބޫލު ކުރެވުންކަމާއި، މިގޮތުން، ކަނޑައެޅިގެން ނުރައްކާތެރިގޮތަކަށް ދުއްވުމަކީ އުޅަނދެއް ދުއްވުމަށް ހުއްދަކުރެވިފައިވާ ދުވެއްޔަށްވުރެ ބާރުދުވެއްޔެއްގައި ދުއްވުން ނޫންކަމާއި، ހުއްދަ ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/275 ޤަޟިއްޔާ. ދުވެއްޔެއްގައިވެސް ކިތަންމެ މަޑުންނަމަވެސް ނުރައްކާތެރިގޮތަކަށ ނުވަތް މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުމެއް ލިބިދާފަދަ ގޮތަކަށް ދުއްވިދާނެކަމަށާއި، އޭގެ މިސާލުތައް ބަޔާންކުރުމަށްފަހު، މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުމެއް ލިބިދާފަދަގޮތަކަށް ދުއްވުމުގައި ދުވެއްޔާ ގުޅުމެއް ކޮންމެހެން އޮންނަންޖެހުން ލާޒިމުނޫންކަމަށް ކަނޑައަޅުއްވާފައިވެއެވެ. މިކަމުންވެސް، ލައިސަންސްނެތި އެއްގަމު އުޅަނދެއް ދުއްވުމަކީ ނުރައްކާތެރިކޮށް އެ އުޅަނދު ދުއްވުންކަމަށް ޤާނޫނީގޮތުން ބެލުމަށް ބާރުލިބިދެއެވެ.
57ޢަލީ ޢާލިމްގ ޢަމަލުގެ ޒިއްމާއާ ގުޅުވައި، ދަށުކޯޓާއި ހައިކޯޓުގައިވެސް ދައްކާ ފައިވާ ވާހަކައިގެ ޚުލާޞާއަކީ، މީނާ ސައިކަލު ދުއްވީ މަޑުންކަމާއި، މަރުޙޫމާ ހިނގާފައިދިޔައީ ދުވާރުމަތިން ނޫންކަމާއި، ކުރިމަތިންދިޔަ އެހެންމީހެއްގެ ސަބަބުން ސައިކަލުގެ ކޮންޓރޯލު ގެއްލުނުކަމާއި، އެ ހާދިސާއަކީ މީނާ ގަސްދުގައި ކުރިކަމަކުން ވީކަމެއްނންކަމެވެ.
58ޢަލީ ޢާލިމްގެ މައިގަނޑު ހުށަހެޅުމަކީ، އަޒުލީލާ ޢަބްދުﷲ ގެ މަރުގެ ޒިއްމާ ޢަލީ ޢާލިމް އުފުލަން ނުޖެހުން ކަމަށްވާއިރު، ޢަލީ ޢާލިމް ދުއްވި ސައިކލުނަ އަޒުލީލާ ޢަބްދުﷲ ގައިގައިޖެހި ގިނައަނިޔާތަކެއް ލިބިފައިވާކަމާމެދއާއި، އަދި އެ އަނިޔާތަކުގެ ސަބަބުން އަޒުލީލާ ޢަބްދުﷲ ނޔި އުވިކަމަމެދުވެސް ޤާނޫނީ ބަހުސެއްނެތެވެ. ޢަލީ ޢާލިމްއަކީ ލައިސަންސްނެތި، އެކަން އެނގިހުރެ، ގަސްދުގައި ސައިކަލު ދުއްވި މީހަކަށްވާތީ، މީނާއަކީ މަގުމަތީ ނުރައްކާތެރިކޮށް އެއްގަމު އުޅަނދެއް ދުއްވި މީހެއްކަމަށް ޤާނޫނީގޮތުން އިފްތިރާޟުކުރެވޭއިރު، މީނާގެ ކިބައިގައި ކުށުގެ ޢަމަލާއި ނިޔަތް ފުރިހަމަވެފައިވެއެވެ. ވީމާ، ޢަލީ ޢާލިމްގެ ޤާނޫނާ ޚިލާފު ޢަމަލުގެ ނަތީޖއަށާ ޢަލީ ޢާލިމް ޒިއމް އުފުލަންޖެހޭނެކަމަށް ދެކެމެވެ. އަދި ޢަލީ ޢާލިމް ސައިކަލު ދުއްވީ މަޑުންތޯ ނުވަތަ ގަވާއިދުންތޯ މި ޙާލަތުގައި ބަލަންޖެހޭކަމކަށް ނުދެކެމެވެ. މި ނިންމުމުގެ ނުކުތާ 7 އިން 23 އަށް ދައުލަތުން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތްކުރުމުން، ޢަލީ ޢާލިމްގެ ޢަމަލއާ އަޒުލީލާ ޢަބްދު ﷲ ނިޔައުވުމާދެމެދު މެދުކެނޑުމެއް އަންނަފަދަ، ނުވަތަ ޢަލީ ޢާލިމްގެ ޢަމަލުގެބޭރުން، އަޒުލީލާ ޢަބްދުﷲ ނިޔައުވުމަށް އިތުރު ސަބަބެއް މެދުވެރިވެފައިވާކަމަށް ޤާނޫނީގޮތުން ބެލެވޭފަދަ ޙާލަތެއް މި މައްސަލައިގެ ވާޤިޢާތަކަށް ބަލާއިރުނެތެވެ. ކްރިމިނަލް ކޯޓުން މައްސަލަ ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)އާ ޚިލާފަށްތޯ؟
59ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އއމ ޤަޟިއްޔާގައި، އެކަށީގެންވާ ޝައްކު ފެންމަތިވާނީ ޢާއްމުކޮށް ދެ މަރުޙަލާއެއްގައިކަމަށް ބުނެފައިވެއެވެ. ފުރަތަމަ މަރުޙަލާއަކީ ދައުލަތުގެ ދަޢުވާ ސާބިތުކުރުމުގެ ތެރެއިން ޝައްކު ފެންމަތިވއިރުއާވެ. އެ ޙާލަތުގައި ދައުލަތުން ހުށަހެޅި ހެކިންގެ ބަހުގައި ފުށުއެރުން، ބޭރުފުށުން ހެކިދިމާނުވ ނުވަތެ ހުށަހަޅާފައިވަ ހެކިން ދައުލަތާ ދެކޮޅަށް ހެކިބަސް ދީފައިވުންފަދ ކަންކަނަ ހިމެނޭކަމަށް ބަޔާންކޮށްފައިވެއެވެ. ފުރަތަމަ ޙާލަތާއެކު މި މައްސަލައަށް ރިޢާޔަތްކުރާއިރު، މި މައްސަލައިގައި ދައުލަތުންކުޅަ ދަޢުވާގެ ބޭނުމަށް ނުރައްކާތެރިކޮށް ދުއްވުން ސާބިތުކުރުމަށްޓަކައި، ޢަލީ ޢަލިމްއަކީ އެއްގަމު އުޅަނދެއް ދުއްވުމުގެ ލައިސަންސް ނެތްމީހއްކަނެ ދައުލަތުން ސާބިތުކޮށްދިނުމުން ފުދެއެވެ. މި ޙާލަތުގައި، ޢަލީ ޢާލިމްގެ ދުވެލީގެ ބާރުމިނުން ނުރައްކާތެރިކަން އުފަންވާކަނ ދައުލަތުން ސާބިތް ކޮށްދޭންޖެހނެކަމަށޭ ނުދެކެމެވެ.
60ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އއމ ޤަޟިއްޔާގައި، ދެވަނަ މަރުޙަލާއަކީ، ދެ ފަރާތުގެ ހެކި އެކުއެކީގައި ވަޒަންކުރުމުގެ މަރުޙަލާގައި، ހެކިތައް ވަޒަންކޮށް އަޅައިކިޔާއިރު ދަޢުވާލިބޭ މީހާގެ މައްޗަށް ކުށްސާބިތުވާކަމަށ ކަނޑައެޅުމަށް ހުރަސްއަޅާފަދަ ޝައްކެއް އުފެދުންކަމަށް ބުނެފައިވެއެވެ. އަދި އެކަށީގެންވާ މިންވަރެއްގެ ޝައްކަކީ އަބަދުވެސް ބުއްދީގެ ހަމަތަކުން ޤަބޫލުކުރެވޭ މައްސަލައިގެ ހެއްކާ ގުޅިފައިވާ ޝައްކެއްކަމަށް ބުނެފައިވެއެވެ.
61އިސްލާމީ ޝަރީޢަތުގެ ޖުމްހޫރުންގެ ރަޢުޔަށް ބަލާއިރު، ޤަޠުލގު 3 ބާވަތެއްވެއެވެ. އެއީ ޤަޠުލު ޢަމްދު، ޤަޠުލް ޝިބުހު ޢަމްދު އަދި ޤަޠުލު ޚަޠައއުވެ. މިހާދިސާގައި އަޒުލީލާ ޢަބްދުﷲ ގެ މަރަކީ ޤަޠުލު ޚަޠައުއެއްކަމަށ ދައުލަތުން ބުނެފައިވެއެވެ. ޤަޠުލު ޚަޠއަ އަކީ، މީހަކު މެރުމުގެ ނުވަތަ މީހަކަށް އަނިޔާއެއް ދިނުމުގެ ނިޔަތެއްނެތި، މީހެއްގެ ކުށް ނިޔަތަކުނ ނުވަތް ކުށް ޢަމަލަކުން، އަނެކާ މަރުވުމުގެ ސަބަބު މެދުވެރިވުމެވެ.
62މި ނިންމމުގު ނުކުތާ 34 އިން 58 އަށް ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، ޢަލީ ޢާލިމްގެ ކިބައިގައި އަޒުލީލާ ޢަބްދުﷲ ނުވަތަ އެހެންމީހަކުވިޔަސް މެރުމުގެ ނުވަތަ އަނިޔާއެއް ދިނުމުގެ ގަސްދުއޮތްކަމަށް ނުބެލެވެއެވެ. އެހެންނަމަވެސް، މި މައްސަލައިގެ ހާދިސާގައި، ލައިސަންސްނެތި އެއްގަމު އުޅަނދެއް ދުއްވުމުގެ ކުށް ޢަމަލުގެ އާޚިރު ނަތީޖާއަކީ، ޢަލީ ޢާލިމް ދުއްވި ސައިކަލުންޖެހި އަޒުލީލާ ޢަބްދުﷲ އަށް އަނިޔާތަކެއްލިބި، އެ އަނިޔތަކުގާ ސަބަބުން އަޒުލީލާ ޢަބްދުﷲ ނިޔައުވުމެވެ. މި ޙާލަތުގައި އަޒުލީލާ ޢަބްދުﷲ ގެ މަރަކީ ޤަޠުލު ޚަޠއައެއްކަމަށް ޝަރުޢީ ހަމަތަކުން ބަލަންޖެހޭކަމަށް ދެކެމެވެ.
63މި މައްސަލައިގެ ދަށުކޯޓުގެ ނިންމެވުމަށް ވާސިލުވުމުގައި، ޢަލީ ޢާލިމް ސައިކަލު ދުއްވިގޮތާއި ދުވެއްޔަށް ރިޢާޔަތް ކުރައްވައި، އެކަމުގެ ރައްކަލާއި ނުރައްކަލާއި، އަޒުލީލާ ޢަބްދުﷲ ހިނގާފައިދިޔައީ ދުވާރުމަތިން ނޫންކަމގު މައްޗަށް ރިޢާޔަތްތެރިކަން ދެއްވައި، ހެކިތައް ބައްލަވައި ވަޒަން ކުރައްވާފައިވަނީ، ޤާނޫނުއަސާސީގެ 314 ވަނަ މާއްދާގެ (ރ)އާ ޚިލާފަށް، އަދި ޤާނޫނުގެ މަޤުޞަދު ގެއްލޭގޮތށަ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ) ތަރުޖަމާ ކުރެއްވުމުގެ ސަބަބުންކަމަށްވެފައި، އެ ކަންކަމުގެ މައްޗަށް ބިނާކޮށް އެކަށީގެންވާ ޝައްކު އުފެދޭކަމަށް ބުރަވެވިފައިވަނ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް Prof. Dr. Anwarullah,The Criminal Law of Islam (first published 1997, A.S. Noordeen) 64.
64ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން، ޢަލީ ޢާލިމް ނުރައްކާތެރިކޮށް އެއްގަމު އުޅަނދެއް ދުއްވުމުގެ ސަބަބުން އަޒުލީލާ ޢަބްދުﷲ އަށް އަނިޔާލިބި، އެ އަނިޔާތަކުގެ ސަބަބުން އަޒުލީލާ ޢަބްދުﷲ ނިޔައުވެފައިވާތީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ)ގެ ދަށުން، ޢަލީ ޢާލިމްގެ މައްޗަށް، އެއްގަމުގައި ދުއްވާއެއްޗެއ ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ދަޢުވާ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށް ދެކެމެވެ.
65ކުށްސާބިތުވުމާ ގުޅޭގޮތުން މަތީގައި ބަޔާންވެދިޔަ ރައުޔަށް ފަނޑިޔާރު ޙަސަން ޝަފީޢު ތާއީދު ކުރައްވާފައިވެއެވެ.
66މި މައްސަލައިގައި ޢަލީ ޢާލިމްގެ މައްޗަށް، ދައުލަތުންކުޅަ އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ދޢުވަ ސާބިތުވާކަމަށް 25 މެއި 2025 ދުވަހު ކަނޑައެޅުމަށްފަހު، އަދަބާގުޅޭގޮތުން ވާހަކަ ދެއްކުމަށް ދެފަރާތަށް ދެވުނު ފުރުޞަތުގައި ފާހަގަކޮށްފައިވާ ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
67މި މައްސަލައިގެ އަޑުއެހުމުގައި ކުރިން ދައްކާފައިވާ ވާހަކަތަކުގެ އިތުރުން އެއްވެސްކަމެއް ދައުލަތުން ފާހަގަކުރުމަށް އޮތްތޯ ސުވާލުކުރުމުން، މި މައްސަލައިގެ އެންމެފަހުން ބޭއްވުނު އަޑުއެހުމުގައި ދައުލަތުން ދެއްކި ވާހަކައިގެ އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމަށް ބުނެފައިވެއެވެ. އަދި ޢަލީ ޢާލިމްގެ ފަރާތުން ކުރިން ބޭއްވުނު އަޑުއެހުމުގައި އެންމެލުއި އަދަބެއް ދިނުމަށް އެދިފައިވާކަމާއި، އަދަބާ ގުޅޭގޮތުން އިތުރުކަމެއް ފާހަގަކުރަން އޮތްތޯ ޝަރީޢަތުން ސުވާލުކުރުމުން، އިތުރުކަމެއް ނެތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
68މި މައްސަލައިގައި ކުރިން ބޭއްވުނު އަޑުއެހުމުގައި އަދަބު ކަނޑައެޅުމާ ގުޅޭގޮތުން ދައުލަތުން ދެގޮތަކަށް ވާހަކަ ދައްކާފައި ވާކަމަށާއި، އެގޮތުން، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުލްޢުޤޫބާތުގެ 111 ވަނަ މާއްދާގެ ދަށުން އަދަބު ކަނޑައަޅުމަށާއި، ކުރީގެ ޤާނޫނުލްޢުޤޫބާތުގ 88 ވަނަ މާއްދާގެ (ރ)ގެ ދަށުން އަދަބު ކަނޑާއެޅިދާނެކަމަށް ބުނެފައިވާކަމަށާއި، އަދަބު ކަނޑައަޅަންޖެހެނީ ކޮންމާއްދާއެއްގެ ދަށުންތޯ ޝަރީޢަތުން ސުވާލުކުރުމުން، ކުރީގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ)ގައި އޮންނަނީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައި އޮންނަ އަދަބުކަމަށާއި، މިހާރު ޢަމަލުކުރާ ޤާނޫނުލްޢުޤޫބާތުގެ 111 ވަނަ މާއްދާގައި އޮންނަނީ، އެ ކުށަކީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެއްކަމަށް ދައުލަތުން ބުނެފައިވެއެވެ. އެހެންކަމުން، އެ ދެ އަދަބު އެއްކޮށް މަސްހުނި ކޮށްގެން ދެވިދާނެކަމަށް ދައުލަތުން ދެކޭކަމަށް ބުނެފައިވެއެވެ.
69ދައުލަތުގެ ޖަވާބުގެ މާނައަކީ ކޮބައިތޯ ޝަރީޢަތުން ސުވާލުކުރުމުން، އަދަބު 111 ވަނަ މާއްދާގައި ސާފުކޮށް މިހާރު އޮތްކަމަށާއި، ކުރީގެ ޤާނޫނުލްޢުޤޫބާތުގައިއޮތ އިސްލާމީ ޝަރީޢަތުގައިވާ އަދަބު އެކަނިކަމަށް
70ދަޢުވާ އުފުލުނު މާއްދާގައިއޮތީ ކޮންގޮތަކަށްތޯ ޝަރީޢަތުން ސުވާލުކުރުމުން، އެ މާއްދާ މިހާރު ބާޠިލުކޮށްފައި ވާކަމަށް ދައުލަތުން ބުނެފައިވެއެވެ.
71ދަޢުވާ އުފުލޭ މާއްދާ ބާޠިލުކުރާ ޙާލަތުގައި ބެނެފިޓްލިބޭނީ ކިހިނެއްތޯއާއި، ބުނެވިދިޔަ 3 (ތިނެއް) މާއްދާގެ ދަށުން އަދަބު ކަނޑައެޅީމަތޯ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޙައްޤު ކަށަވަރުވާނީ ޝަރީޢަތުން ސުވާލުކުރުމުން، އެހެންކަމަށްވާނަމަ ކުރީގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ)ގެ ދަށުން އަދަބު ކަނޑައެޅުމުންކަމަށ ދައުލަތުން ޖަވާބުދީފައިވެއެވެ. އެއީކޮން އަދަބެއްތޯ ޝަރީޢަތުން ސުވާލުކުރުމުން، އެއީ 100 (ސަތޭކަ) ޖަމަލުކަމަށ ދައުލަތުން ބުނެފައިވެއެވެ. ކުރީގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ
(ރ)ގައިއޮތީ އެހެން ތޯ ސުވާލުކުރުމުން، އެ މާއްދާގައިވަނީ އިސްލާމީ ޝަރީޢަތުން ކަނޑައަޅާފައިވާ އަދަބުކަމަށ ދައުލަތުން ބުނެފައިވެއެވެ.
72މިހާރު ދަޢުވާއުފުލޭ 60 ވަނަ މާއްދާގައިއޮތީ ކޮންގޮތަކަށްތޯ ޝަރީޢަތުން ސުވާލުކުރުމުން، 60 ވަނަ މާއްދާގައި ޙަޤީޤަތުގައި ބޮޑަށްއަދަބު ކަނޑައަޅާފައިވަނީ ލައިސަންސް ހިފެހެއްޓުމާއެކުގައި ކަމަށާއި، އެއީ ލައިސަންސްއޮތް މީހަކު އެކަންކޮށްފި ކަމުގައިވާނަމަކަމަށާއި، 60 ވަނަ މާއްދާގައިއޮތީ ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވައިފިނަމަ ޝަރީޢަތުން ކަނޑައަޅާ ބަދަލު ދިނުމުގެ އަދަބުގެ އިތުރުން ލައިސަންސް 10 (ދިހައެއް) އަހަރަށް ހިފަހައްޓާ ވާހަކަކަމަށް ޖަވާބުދީފައިވެއެވެ. އަދި 60 ވަނަ މާއްދާގެ
(ށ) އަދި (ނ)އަށް ބަލާއިރު، (ނ)ގައި މި އޮންނަނީ 1 (އެކެއް) އަހަރާއި 2 (ދޭއް) އަހަރާ ދެމެދުގެ މުއްދަތަށް ލައިސަންސް ހިފެހެއްޓުންކަމަށާއި، (ށ)ގައި އޮންނަނީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް އެއްގަމު އުޅަނދުގެ ލައިސަންސް ހިފެހެއްޓުމގު ވާހަކައާއި އިސްލާމީ ޝަރީޢަތުން ކަނޑައަޅާ އަދަބގު ވާހަކަކަމަށ ދައުލަތުން ބުނެފައިވެއެވެ. އިސްލާމީ ޝަރީޢަތުން ކަނޑައަޅާ އަދަބުތޯ، ބަދަލުތޯއޮތީ ޝަރީޢަތުން ސުވާލުކުރުމުން، އިސްލާމީ ޝަރީޢަތުން ކަނޑައަޅާ ބަދަލުކަމަށ ދައުލަތުން ބުނެފައިވެއެވެ.
73ކުރީގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ)ގައިއޮތ އިސްލާމީ ޝަރީޢަތުން ކަނޑައަޅާ އަދަބުކަމަށާއި، 60 ވަނަ މާއްދާގައި ބަޔާންކުރަނީ އިސްލާމީ ޝަރީޢަތުން ކަނޑައަޅާ ބަދަލުކަމަށާއި، ފަރަގެއް އަންނާނެތޯ ޝަރީޢަތުން ސުވާލުކުރުމުން، ދައުލަތުން މަޝްވަރާކުރުމަށްފަހު ޖަވާބުދިނުމަށް 10 (ދިހައެއް) މިނެޓުގެ ފުރުޞަތަކަށް އެދިފައިވެއެވެ.
74ދައުލަތުން މަޝްވަރާ ކުރުމަށްފަހު ޖަވާބުދިނުމަށް ފުރުޞަތު އެރުވުމުން، ކުރިން ޢަމަލު ކުރަމުންދިޔަ ޤާނޫނު ނަންބަރު 2009/5 ގެ 60 ވަނަ މާއްދާގައި އިސްލާމީ ޝަރީޢަތުން ކަނޑައަޅާ ބަދަލުގެ އަދަބުގެ ވާހަކައޮތުމުން، 88 ވަނަ މާއްދާގައި އޮންނަ އިސްލާމީ ޝަރީޢަތުން ކަނޑައަޅާ އަދަބުގައި، ދިޔައިގެ އިތުރުން ތައުޒީރީ އަދަބެއް ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް އޮންނާނެކަމަށާއި، އެހެންނަމަވެސް 60 ވަނަ މާއްދާގައި އިސްލާމީ ޝަރީޢަތުން ކަނޑައަޅާ ބަދަލު ދިނުމުގެ އަދަބުގެ ވަހަކައޮތުމުން، އެއީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ ބަދަލު ދިނުމުގެ އަދަބު އެކަނިކަމަށް ދައުލަތުން ދެކޭކަމަށް ބުނެފައިވެއެވެ. އަދި މި ޙާލަތުގައި ޤަޠުލު ޚަޠއައ ގުޅިގެނާ އޮންނާނީ ހަމައެކަނި ދިޔައެކަނިކަމަށް ދައުލަތުން
75ދައުލަތުން، 60 ވަނަ މާއްދާގައިވާ ބަދަލު މާނަކުރަނީ ދިޔައިގެ ގޮތުގައިކަމަށްތޯ ޝަރީޢަތުން ސުވާލުކުރުމުން، އެގޮތަށްކަމަށ ދައުލަތުން ބުނެފައިވެއެވެ.
76އެހެންކަމުން، އަދަބު ކަނޑައަޅަންޖެހޭނީ 60 ވަނަ މާއްދާގެ (ހ)ގެ ދަށުންތޯ ސުވާލުކުރުމުން، ދައުލަތުގެ ސްޓޭންޑަކީ އެއީކަމަށް ބުނެފައިވެއެވެ.
77ކައްފާރާއާމެދު ދައުލަތުން ދެކެނީ ކިހިނެއްތޯ ޝަރީޢަތުން ސުވާލުކުރުމުން، ބަދަލު ދިނުމަކީ ހަމައެކަނި ދިޔަދިނުންކަމަށ ދައުލަތުން ޖަވާބުދީފައިވެއެވެ.
78ދައުލަތާ ކުރެވުނު ސުވާލުތަކާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ވާހަކަދެއްކުމަށް ދެވުނު ފުރުޞަތުގައި، އިތުރުކަމެއް ފާހަގަކުރުމަށް ނެތްކަމަށް ޢަލީ ޢާލިމް ބުނެފައިވެއެވެ.
79ކައްފާރާއަކ އިޚްތިޔާރީ ކަމެއްތޯއާއި ދައުލަތުން ދެކޭގޮތަކީ ކޮބައިތޯ ޝަރީޢަތުން ސުވާލުކުރުމުން، ދައުލަތަށް އެވަރަށް ދިރާސާކުރެވިފައި ނުވާތީ، ބަދަލުގެ ތެރޭގައި ކައްފާރާ ހިމެނޭތޯ ބުނަން މިވަގުތު ދަތިކަމަށ ދައުލަތުން ޖަވާބު ދީފައިވެއެވެ.
80އިސްލާމީ ޝަރީޢަތުގައި އޮންނަނީ އަދަބު އެއްކޮށް ދިނުމަށްތޯ ނުވަތަ ބައިބައިކޮށްފައިވެސް ދެވިދާނެތއާއި، އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބާމެދު ޚިލާފެއް ނެތްކަމަށާއި، ބަހުސް އުފެދިފައިވަނީ ޤާނޫނުގައިވާ މާއްދާގައި ބަދަލުގެ ވާހަކަ އޮތުމުންކަމަށާއި، އެގޮތަށް ކަށްފާރާއާއ ދިޔައާއި ބައިބައި ވަކިކޮށްލެވިދާނެތޯ ޝަރީޢަތުން ސުވާލުކުރުމުން، ބަދަލު ދިނުމުގެ އަދަބަކީ ދިޔަކަމަށް ދައުލަތުން ޖަވާބުދީފައިވެއެވެ.
81މިހާރު އަދަބު ކަނޑައަޅަންޖެހެނީ ކޮންމާއްދާއެއްގެ ދަށުންތޯ ޝަރީޢަތުން ސުވާލުކުރުމުން، ޤާނޫނު ނަންބަރު 2009/5 ގެ 60 ވަނަ މާއްދާގެ (ހ) ދަށުންކަމަށް ދައުލަތުން ބުނެފައިވެއެވެ. 60 ވަނަ މާއްދާގެ (ހ)ގެ ދަށުން އަދަބު ކަނޑައަޅާނީ ކޮންޤާނޫނީ އަސާސެއްގެ މައްޗަށްތޯއާއި، ސީދާ އެ މާއްދާގެ ދަށުން އަދަބު ކަނޑައަޅަނީތޯ ޝަރީޢަތުން ސުވާލުކުރުމުން، ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއާ ޙަވާލާދީ އިސްތިއުނާފު ރައްދުވާ ފަރާތަށް އެންމެލުއި އަދަބެއް ބަލާކަމުގައިވާނަމަ، އެންމެލުއި އަދަބަކީ ޤާނޫނު ނަންބަރު 2009/5 ގެ 60 ވަނަ މާއްދާގެ (ހ)ގައިވާ އަދަބުކަމަށ ދައުލަތުން ބުނެފައިވެއެވެ.
82ޤާނޫނުއަސާސީގެ 61 ވަނަ މައްދާގެ (ށ)ގައި ބަޔާންކޮށްފައިވާ އަދަބާގުޅޭ އުޞޫލުތަކަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 2009/5 ގެ 60 (ހ)ގެ ދަށުން ދެންދާންޖެހޭ މަގަކީކޮބައިކަން މާއްދާތަކާއެކު ސާފުކޮށްދިނުމަށް ޝަރީޢަތުން އެދުމުން، ސުވާލުތަކަށް ޖަވާބުދިނުމަށް ދައުލަތުން އިތުރު ފުރުޞަތަކަށް އެދިފައިވެއެވެ. ދައުލަތުން ކުރިން ބުނެފައިވަނީ 88 ވަނަ މާއްދާގެ (ހ)ކަމަށާއި، ދައުލަތުގެ ސްޓޭންޑް މިހާރު ބަދަލުވީތޯ ޝަރީޢަތުން ސުވާލުކުރުމުން، އިތުރަށް މަޝްވަރާކުރުމަށްފަހު އަދަބު ކަނޑައަޅަންޖެހެނީ 60 ވަނަ މާއްދާގެ (ހ)ގެ ދަށުންކަމަށް ދައުލަތުން ބުނެފައިވެއެވެ.
8360 ވަނަ މާއްދާގެ (ހ)ގެ ދަށުން ކަނޑައެޅޭނީ ކޮންއަދަބެއްކަނ ސާފުކޮށްދިނުމަށް ޝަރީޢަތުން އެދުމުން، ޤަޠުލް ޚަޠއައަށް ދިނުމަށްއޮންނ ބަދަލަ ދިނުމުގެ އަދަބުކަމަށ ދައުލަތުން ބުނެފައިވެއެވެ. ދިޔައާ ގުޅޭގޮތުން ޙަވާލާދެނީ ކޮންމާއްދާއަކަށްތޯ އިތުރަށް ސުވާލުކުރުމުން، އެހެން ދުވަހަކުން އިތުރު އަޑުއެހުމެއް ބޭއްވުމަށް ދައުލަތުން އެދިފައިވެއެވެ.
84މި މައްސަލައިގައި 29 މެއި 2025 ދުވަހު ބޭއްވުނު އަޑުއެހުމުގައި ދައުލަތުން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
85ދަޢުވާކޮށްފައިވާ މައްދާކަމުގައިވާ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގައިވާ އަދަބަކީ، ކުށް ސާބިތުވާ މީހެއްގެ މައްޗަށް، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާ ބަދަލުގެ އަދަބު ކަނޑައެޅުމާއެކު ލައިސަންސް ހިފެހެއްޓުމުގެ އަދަބު ކަނޑައެޅުންކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި ކުރީގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށްފައި ނެތްކަމަށާއި، މިހާރު ޢަމަލުކުރާ ޤާނޫނުލްޢުޤޫބާތުގައި ތަޢުޒީރީ އަދަބެއްވެސް އޮތުމާއެކު، ކުޑައަދަބަށް މި ޙާލަތުގައި ރިޢާޔަތް ކުރަންޖެހޭކަމަށާއި، މި ޙާލަތުގައި ޢަމަލު ކުރަންޖެހނޭ ކުޑައަދަބަށް ކަމަށާއި، އެގޮތުން އަދަބު ކަނޑައަޅަންޖެހޭނީ މިހާރު ޢަމަލުކުރާ ޤާނޫނުލްޢުޤޫބާތުގެ ދަށުން އެކުލަވާލާފައިވާ އަދަބު ކަނޑައެޅުމުގެ އުޞޫލުގެ ދަށުންކަމަށެވެ.
86އިސްލާމީ ޝަރީޢަތުގައި ގަސްދަކާނުލައި މީހަކު މަރުވާ ޙާލަތުގައި ކަނޑައެޅޭ ޢުޤޫބާތަކީ މަރުގެ ދިޔަކަން ބަޔާންކޮށްފައިވަނީ ނިސާ ސޫރަތުގެ 92 ވަނަ އާޔަތުގައިކަމަށ ދައުލަތުން ބުނެފައިވެއެވެ. މަރުގެ ދިޔައަށް ބަލާއިރު، އެއީ ބަދަލު އޭގެޒާތުގައ ހިމެނި ޢުޤޫބާތެއްގެ ގޮތުގައި ދައުލަތުން ދެކޭކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް (2009/SC-A/24) ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާ (ނ)ގައި، ދިޔައަކީ ކަނޑައެޅިގެންވާ މިންވަރެއްގެ ފައިސާ ނުވަތަ މުދައުކަމާއި، ދިޔައަކީ އަދަބުގެ އިތުރުން، ކުށުގެ ސަބަބުންލިބޭ ގެއްލުމުގެ "ބަދަލު"ގެ ގޮތުގައިވެސް ބެލެވޭނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
87މަރުގެ ދިޔައިގެ މިންވަރަކީ ކޮބައިތޯ ބަލާއިރު، އިސްލާމީ ޝަރީޢަތުގައި މަރުގެ ދިޔައިގެ މިންވަރަކީ 100 (ސަތޭކަ) ޖަމަލު ކަމަށާއި، ސަތޭކަ ޖަމަލު ފައިސާއަށް ބަދަލުކުރުމުން މިހާރު ކަނޑައަޅަންޖެހޭ މިންވަރަކީ މިހާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ އަދަބު ކަނޑައެޅުމުގެ އުޞޫލުގައިވާ މުޚައްފަފު މަރުގެ ދިޔަކަމަށެވެ. އަދި އެއީ 1,000,000.00ރ (އެއްމިލިއަން ދިވެހި ރުފިޔާ)ކަމަށެވެ. ވާރިސުން މަރުގެ ދިޔަ ބޭނުންކަމުގައިވާނަމަ ކަނޑައެޅޭނެ މިންވަރަކީ މިއީކަމަށ ދައުލަތުން ބުނެފައިވެއެވެ.
88މި މައްސަލައިގައި ލުއިދިޔަ ދޭންޖެހެނީ ކީއްވެގެންތޯ ޝަރީޢަތުން ސުވާލުކުރުމުން، ހާދިސާ ހިނގާފައިވަނީ 23 ފެބްރުއަރީ 2015 ދުވަހު ކަމަށާއި، ޙޖުރި ތާރީޚަށް ބަލާއިރު، އެއީ ޖުމާދަލްއޫލާކަމަށެވެ. ގަސްދަކާނުލައި މެރުމުގެ މައްސަލައެއްގައިވެސް ޙުރުމަތްތެރި ވެގެންވާ މަސްތައް ކަމުގައިވާ ޛުލްޤައިދާ ޛުލްޙިއްޖާ، މުޙައްރަމް އަދި ރަޖަބު މަހުގައި މީހަކު މަރުވެއްޖެނަމަ ދިޔަބުރަވާނެކަމަށާއި، މި ޙާލަތުގައި ލުއިދިޔަ ދޭންޖެހޭކަމަށް ދައުލަތުން ދެކޭކަމަށެވެ.
89ނިސާ ސޫރަތުގެ 92 ވަނަ އާޔަތަށް ބަލާއިރު، ގަސްދަކާނުލައި މީހަކު މަރުވިކަމުގައި ވީނަމަވެސް ކައްފާރާ ދިނުމަކީ ދަޢުވާލިބޭ މީހާގެ މައްޗަށް ވާޖިބުވާ ކަމެއްކަމަށެވެ. ސުޕްރީމް ކޯޓުގެ ބުނެވިދިޔަ އުޞޫލުގެ ދަށުން ދިޔަ ކަނޑައެޅުމާއެކު ކައްފާރާ ދިނުމަށް އަމުރުކުރަން ޖެހޭކަމަށް ބަޔާންކޮށްފައިވާކަމަށް ދައުލަތުން ބުނެފައިވެއެވެ. ނަމަވެސް މިއީކުރީގެ ހާދިސާއަކަށްވެފައި ޤާނޫނުލްޢުޤޫބާތަށް ޢަމަލުކުރުމުގެ ކުރީގެ މައްސަލަތަކުގައި ޢުޤޫބާތް ކަނޑައެޅުމާއެކުގައި ކައްފާރާ ދިނުމަށް ކޯޓުން ނަޞީޙަތްތެރިވާކަމަށް ދައުލަތުން
90ދައުލަތުން އެދޭގޮތަކީ ވާރިސުން މަރުގެދިޔަ ކަނޑައެޅުމާއެކު ކައްފާރާ ދޭންޖެހޭކަމަށް އަންގައި މައްސަލަ ނިންމައިދިނުމަށް ކަމަށެވެ.
91ދައުލަތުގެ ހުށަހެޅުންތަކާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތަށް ދެވުނު ފުރުޞަތުގައި، ގިނަދުވަސް ވެފައިވާ މައްސަލައަކަށްވެފައި، ވީހާވެސް ލުއިއަދަބެއ ދިނުމަށް ޢަލީ ޢާލިމް އެދިފައިވެއެވެ.
92މަރުގެ ދިޔައަކީ ސަތޭކަ ޖަމަލުކަމަށ ދައުލަތުން ބުނެފައިވާއިރު، ނިޔއަ ވެފައިވާ މީހާގެ ޖިންސަށްބަލައި އަދަބަށް އެއްވެސް ބަދަލެއް އަންނާނެތޯ ޝަރީޢަތުން ސުވާލުކުރުމުން، ރާއްޖޭގައި އަދަބު ކަނޑައެޅުމުގެ އުޞޫލަށް ބަލާއިރު ޖިންސަށްބަލައި އަދަބު ތަފާތުކޮށްފައި ނުވާކަމަށް ދައުލަތުން ޖަވާބުދީފައިވެއެވެ.
93ދައުލަތުން ޙަވާލާދޭ މާއްދާގައިވަނީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާ އަދަބކަމަށްވެފައި، އަދަބު ނަގައިދިނުމުގައި ޤާނޫނުއަސާސީގައި އިސްލާމީ ޝަރީޢަތް މާނަކޮށްފައި ވާގޮތަށްބަލައި އަދަބަށް ރިޢާޔަތްކުރާއިރު، ދައުލަތުން ދެކޭގޮތެއ ބަޔާންކުރުމަށް ޝަރީޢަތުން އެދުމުން، އަދަބު ކަނޑައެޅުމުގެ އުޞޫލުގައި ތަފާތުކޮށްފައި ނުވާކަމަށް ދައުލަތުން ބުނެފައިވެއެވެ. އިސްލާމީ ޝަރީޢަތުގައި އިޚްތިލާފު އުފެދޭ މައްސަލަތަކުގައި ޤާނޫނުގައި ބަޔާން ކޮށްފައިވާގޮތަށް ޢަމަލު ކުރަންޖެހޭކަމަށް ދައުލަތުން ޖަވާބު ދީފައިވެއެވެ. އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާގޮތާ ގުޅޭގޮތުން ދިރާސާ ކުރެވިފައިނުވާތީ، ޖަވާބު ދިނުމަށް ވަގުތުކޮޅަކަށް ދައުލަތުން އެދިފައިވެއެވެ.
94ދައުލަތުގެ ހުށަހެޅުމުގައި، ކައްފާރާއއާ މަރުގެދިޔައާ ވަކިނުކުރެވޭނެކަމަށް ބުނުމަށްފަހު ނަޞީޙަތެއްގެ ގޮތުގައި ވަކާލާތު ކޮށްފައިވާއިރު، ނަޞީޙަތެއްގެ ގޮތުގައިވަނ ތަންފީޒީ ކުރުމަށު ބާރުއެޅުމުގެ ގޮތުންކަމަށްނޫންތޯ ޝަރީޢަތުން ސުވާލުކުރުމުން، ޤުރުއާނުގެ ނައްޞުގައި ދިޔައާއެކު ކައްފާރާ އައިސްފައިވާތީ ވަކިނުކުރެވޭނެކަމަށ ދައުލަތުން ދެކޭކަމަށް ޖަވާބު ދީފައިވެއެވެ. ކައްފާރާއަކީ ބޮޑަށް އަޅުކަމެއްގެގޮތުގައ އަދާކުރަންޖެހި ކަމެއްކަމަށާއި، ޖިނާއީ ފިޤުޙު ފޮތުގެ ޞަފުޙާ ނަންބަރު 309 އިން 396 އަށް ބަޔާންކޮށްފައިވާ ގޮތުގައި، ކައްފާރާއަކީ އިބާދާތުގެ ތެރޭގައި ހިމެނޭކަމެއްކަމަށާއި، ދައުވާ ކުރުމަކާއި ޙުކުމަކާ ނުލައިވެސް ވާޖިބުވާ ކަމެއްކަމުގައާއި، ކައްފާރާ އަދާކުރަން މަޖުބޫރު ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވާކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި ކައްފާރާއަކީ ސީދާ އަދަބެއްގެ ގޮތުގއަ ކަނޑަނޭޅިދާނެކަމަށާއި، ނަމަވެސް އެކަންކުރަނ އެންގިދާނެކަމަށް ދައުލަތުން ދެކޭކަމަށެވެ.
95ނިޔާވިފަރާތަކީ އަންހެނަކަށްވީތީ މަރުގެ ދިޔައަށް ބަދަލު އަތުވެދާނެތޯ ބަލާއިރު، ޖުމްހޫރު ޢިލްމުވެރިންގެ ރަޢުޔަކީ ފިރިހެނެއްގެ މަރުގެ ދިޔައަކީ 100 (ސަތޭކަ) ޖަމަލު ކަމަށާއި، އަންހެނެއްކަމުގައި ވާނަމައެއީ 50 (ފަންސާސް) ޖަމަލުކަމަށް، ދިޔައިގެ ދެބައިކުޅަ އެއްބައިކަމަށް، އިމާމް މާލިކްގެ އަލްމުވައްޠގައަ ބަޔާން ކޮށްފައިވާކަމށ ދައުލަތުން ބުނެފައިވެއެވެ.
96މި މައްސަލައިގައި ދައުލަތުން އެދޭގޮތަކީ ކޮބައިތޯ ޝަރީޢަތުން ސާފުކުރުމުން، އިސްލާމީ ޝަރީޢަތުގައި ޚިޔާލުތަފާތުވާ ކަމެއްގައި ދިވެހިރާއްޖޭގައި އަމަލުކުރާގޮތަށް ރިޢާޔަތް ކުރަންޖެހޭކަމަށާއި، އެހެން އެއްވެސް މައްސަލައެއްގައި ނިޔައުވި މީހާއަކީ އަންހެނަކަށްވުމުގެ ސަބަބުން ދިޔައިގެ އަދަބުގެ މިންވަރު ކަނޑައެޅުމުގައި ތަފާތުކޮށްފައިވާކަމަށް ނުބެލެވޭކަމަށާއި، ރާއްޖޭގައި ދިޔައިގެ މިންވަރު ކަނޑައަޅަންވާނީ ހަމަހަމަކޮށްކަމަށ ދައުލަތުން ދެކޭކަމަށް ބުނެފައިވެއެވެ.
97ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ފަރަގުކޮށްފައިނުވާނަމަ ޢަމަލުކުރަންޖެހޭނީ ކިހިނެއްތޯ ޝަރީޢަތުން ސުވާލުކުރުމުން، ޢާއްމު އުޞޫލަކުން އެ ފަރަގުނެތްކަމަށް މާނަކުރަންޖެހޭކަމަށ ދައުލަތުން ބުނެފައިވެއެވެ. އެގޮތަށް ދައުލަތުންބުނަނީ ކޮންއަސާސެއްގެ މައްޗަށް ބިނާކޮށްތޯ ޝަރީޢަތުން ސުވާލުކުރުމުން، ލަފުޒީ މާނައަށް ބަލަންޖެހޭކަމަށާއި، ތަފާތުކުރަންޖެހޭނަމަ އެކަން ބަޔާންކޮށްފައިވާކަމަށް ދައުލަތުން ބުނެފައިވެއެވެ.
98ދައުލަތުގެ ހުށަހެޅުމަކީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ އުވާލެވުނު 60 ވަނަ މާއްދާގެ ދަށުން އަދަބު ކަނޑައަޅަން ޖެހޭކަމަށާއި، މިހާރުއޮތް 63 ވަނަ މާއްދާގެ ދަށުން ނޫންކަމަށްތޯއއާ، ދައުލަތުން އެ މާއްދާ ތަޠުބީޤުކުރުމަށް އެދެނީ ލިޓަރަލް ރޫލްގެ އެޕްރޯޗްއިންތޯ ޝަރީޢަތުން ސުވާލުކުރުމުން، އެގޮތަށްކަމަށް ދައުލަތުން ޖަވާބު ދީފައިވެއެވެ.
99ދައުލަތާ ކުރެވުނު ސުވާލުތަކާ ގުޅިގެން ވާހަކަދެއްކުމަށް ޢަލީ ޢާލިމްއަށް ދެވުނު ފުރުޞަތުގައި، އިތުރުކަމެއް ފާހަގަކުރަން ނެތްކަމަށް ބުނެފައިވެއެވެ.
100މި މައްސަލައިގައި ދައުލަތުން ދަޢުވާކުރި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާ މިހާރު އުވާލާފައިވާއިރު، މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި 07 ޖުލައި 2021 ދުވަހު ބޭއްވުނު އަޑުއެހުމުގައި، ދައުލަތުގެ ހުށަހެޅުމަކީ މިހާރު އެކުށް ބަޔާންކޮށްފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 111 ވަނަ މާއްދާގައިކަމަށެވެ. ޤާނޫނުލްޢުޤޫބާތުގެ 111 ވަނަ މާއްދާއަކީ މީހެއްގެ ފަރުވާކުޑަ ޢަމަލުގެ ސަބަބުން އެހެން މީހަކު މަރުވުމުގެކުށެވެ. ދައުލަތުގެ ދަޢުވާއާ ގުޅިގެން ސާބިތުކޮށްދޭންޖެހެނީ ނުރައްކާތެރިކޮށް އެއްގަމު އުޅަނދެއް ދުއްވުމެވެ. އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގައި ނުރައްކާތެރިކޮށް ދުއްވުމާއި ފަރުވާކުޑަކޮށް ދުއްވުން ތަފާތުކޮށްފައިވާއިރު، ސާބިތު ކޮށްދޭންޖެހޭ ޢންޞުރުތައްވެސް ތަފާތެވެ.
101ޤާނޫނު ނަންބަރު 2020/10 (ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު)އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ތަޞްދީޤުކޮށް ޝާއިޢު ކޮށްފައިވަނީ 31 އޮގަސްޓު 2020 ދުވަހުއެވެ. އަދި އެ ޤާނޫނުގެ 41 ވަނަ މާއްދާގައި، އެ ޤާނޫނަށް ޢަމަލު ކުރަންފަށާނ ޤާނޫނީ ތަޞްދީޤުކޮށް ޝާއިޢުކުރާތާ 3 (ތިނެއް) މަސްދުވަސް ހަމަވާތާރީޚުނ ފެށިގެންކަމަށް ބުނެފައިވެއެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 109/Cr-C/2016 ޤަޟިއްޔާ ނިންމަވާފައިވަނީ 17 ސެޕްޓެމްބަރ 2020 ދުވަހުއެވެ. އަދި 07 ޖުލައި 2021 ދުވަހުގެ އަޑުއެހުން ބޭއްވުނުއިރު، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 63 ވަނަ މާއްދާއަށް ޢަމަލުކުރަން ފަށާފައިވެއެވެ. އެހެންކަމުން، ދައުލަތުން ހުށަހަޅާފައިވާގޮތާ ޚިލާފަށް، ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ދަޢުވާގައިވާ ކުށާއި މިހާރު އެންމެ އެއްގޮތް ކުށަކީ، ޤާނޫނު ނަންބަރު 2020/10 (ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު)އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނ( ގެ ދަށުން، މިހާރު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެވެ.
102އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 63 ވަނަ މާއްދާގެ (ހ)ގައި، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުމާއި، މަގުމަތީގެ އަމާންކަން ގެއލް ގޮތަށް އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެއްކަމަށް ބުނެފައިވެއެވެ. އަދި އެ ޤާނޫނުގެ 63 ވަނަ މާއްދާގެ (ށ)ގައި، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވައިގެން މީހާގެ މައްޗަށް ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ ދަށުން ޖިނާއީ ދަޢުވާ އުފުލުމުގެ އިތުރުން، އޭނާގެ ލައިސަންސް 10 (ދިހައެއް) އަހަރު ދުވަހާއި 25 (ފަންސަވީސް) އަހަރު ދުވަހާއި ދެމެދުގެ މުއްދަތަކަށް ހިފެހެއްޓިދާނެކަމަށް
103ދައުލަތުގެ ހުށަހެޅުމަކީ، މި ޙާލަތުގައި އަދަބު ކަނޑައަޅަންޖެހޭނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާ ކުރިން އޮތްގޮތަށް ރިޢާޔަތްކޮށެވެ. އަދި އެ މާއްދާއަށް ތަޠުބީޤުކުރަންޖެހޭނީ ލަފުޒީ ތަރުޖަމާކުރުމުގެ އުޞޫލުކަމަށެވެ.
104ޢަލީ ޢާލިމްގެ މައްޗަށް ދަޢުވާކުރިއިރު، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާ ކުރިންއޮތް ގޮތަށް ބަލާއިރު، އެ މާއްދާގައިވަނީ "ނުރައްކާތެރިކޮށް ނުވަތް ފަރުވާކުޑަކޮށް، އުޅަނދު ދުއްވައިގެން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، އިސްލާމީ ޝަރީޢަތުން ކަނޑައަޅާ ބަދަލުދިނުމުގެ އަދަބުގެ އިތުރަށް، އެ އުޅަނދު ދުއްވި މީހާގެ ލައިސަންސް 10 (ދިހައެއް) އަހަރު ދުވަހަށް ހިފެހެއްޓޭނެ"ކަމަށެވެ. އެ މާއްދާއަށް ލަފުޒީ ތަރުޖަމާއެއް ދީފިނަމަ، "ބަދަލު ދިނުމުގެ އަދަބު"އާއި އެކުގައި "ލައިސަންސް ހިފެހެއްޓުން"އޮތްއޮތުމަށް ލަފުޒީ ތަރުޖަމާއެއް ދިނުމުގެ ޤާނޫނީ ނަތީޖާއަކީ، ލައިސަންސްނެތް މީހެއްގެ މައްޗަށް އެ މާއްދާ ނުހިނގުންކަމަށް ދެކެމެވެ. އެހެނީ، ލަފުޒީ ތަރުޖަމާއަކުން އެ ދެއަދަބު ވަކިނުކުރެވޭނެތީއެވެ. އެހެންކަމަށްވާނަމަ، ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްއަށް މި މައްސަލައިގައި ޖިނާޢީ ދަޢުވާއެއް ނުކުރެވޭނެއެވެ. މިއީ ރަނގަޅު ތަރުޖަމާއެއްކަމަށް ނުދެކެމެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާއަށް ތަޠުބީޤު ކުރަންޖެހޭ ޤާނޫނީ އުޞޫލަކީ މާނަކުރުމގު ހަމަތަކުގެ ޤާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޤުޞަދު ޙާޞިލުވުމުގެ އުޞޫލުކަމަށް ދެކެމެވެ. ޤާނޫނު މާނަކުރުމުގައި، އެއްމާއްދާއަކަށް ތަރުޖަމާކުރުމުގެ އެކިއުޞޫލު ތަޠުބީޤުކޮށް ނުކުންނަ އެކިނަތީޖާގެ ވަކިވަކިބައިބައި، މީހުންގެ މައްޗަށްހިންގާ ޖިނާއީ ކުށުގެ ދަޢުވާތަކުގައި އެކިފަހަރުއެކިގޮތަށް ބޭނުންކުރުމަކީ ޤާނޫނީ ހަމަކަމަށް ނުދެކެމެވެ.
105ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި، ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށްކަމަށާއި، ޤާނޫނުގައި ވަކިގޮތެއް ބަޔާންކޮށްފައިނުވާ ކަންކަމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާގޮތަށް ފަނޑިޔާރުން ރިޢާޔަތް ކުރަންވާނެކަމަށް ބުނެފައިވުމާއި، ޤާނޫނުއަސާސީގެ 19 ވަނަ ވަނަ މާއްދާގައި، އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މާނަކޮށްފައިނުވާ ކޮންމެކަމެއް ކުރުމުގެ މިނިވަންކަން ލިބިގެންވުމާއި، ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގައި، ރައްޔިތުން އެ މައްޗަށް ޢަމަލުކުރަންޖެހޭ ޤާނޫނާއި ގަވާއިދު ޢާއްމުކޮށް ޝާއިޢު ކުރަންޖެހުމާއި، ޤާނޫނެއް ނުވަތަ ޤާނޫނަކުން ބާރުލިބިގެންހަދާ ގަވާއިދެއްގެ ދަށުން ވިޔަސް މީހަކަށް އަދަބެއް ދޭންވާނީ، އެ ޤާނޫނެއް ނުވަތަ ގަވާއިދަކީ ޝާއިޢު ކުރެވިފައިވާ ޤާނޫނެއް ނުވަތަ ގަވާއިދަކަށް ވުމުންކަމާއި، އަދި މަނާކުރެވޭ ކަންތަކާއި އަދަބު ސާފުކޮށް ބަޔާންކޮށްފައި އޮވެގެންކަމަށް ބުނެފައިވާ އުޞޫލަށް ޖުމްލަކޮށް ރިޢާޔަތްކޮށްކަމަށް ދެކެމެވެ. އަދި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުށާއި އަދަބު ލިޔެވިފައިވާ ޤާނޫނާއި ގަވާއިދުގެ އަލީގައި ކަނޑައެޅޭނެ މަގެއްއޮތުމުން، މި ޙާލަތުގައި ޢަމަލުކުރަންޖެހޭނީ ދިވެހިރާއްޖޭގއަ ލިޔެ، ޢާއްމުކޮށް ޝާއިޢުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނާއި ޤާނޫނުގެދަށުން ހަދާފައިވާ ގަވާއިދުތަކަށްކަމަށް ދެކެމެވެ.
106މި ނިންމުމުގެ ނުކުތާ 34 އިން 64 އަށް ބަޔާންކޮށްފައިވާ ކަންކަމާއި ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތް ކުރާއިރު، ކުށުގެ ޢުންޞުރުތަކާ ގުޅޭގޮތުން ރިޢާޔަތް ކުރަންޖެހޭނީ، މި މައްސަލައިގެ ހާދިސާ ހިނގިއިރު، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގައިވާ ނުރައްކާތެރިކޮށް ދުއްވުމުން ފުރާނައަށް ގެއްލުން ލިބުމުގެ ކުށަށެވެ. އަދި ކުރިން އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދަބު ކަނޑައެޅުމުގައި ރިޢާޔަތް ކުރަންޖެހޭނީ، ކުރީގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ)ގެ ދަށުން ޤަޠުލު ޚަޠައުއަށް ދެމުންއައި އަދަބަށެވެ. އަދި މި ޙާލަތުގައި އަދަބު ކަނޑައަޅަންވާނީ، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކުށްކުޅައިރު ކޯޓުތަކުން ކުރީގެ ޤާނޫނުލްޢުޤޫބާތުގ 88 ވަނަ މާއްދާގެ (ރ)އަށް ޢަމަލުކުރާގޮތް ކަމުގައިވާ ދިޔައާއެކު ކައްފާރާއަށް އަމުރު ކުރުމުގެ އުޞޫލުންކަމަށް ދެކެމެވެ.
107ދައުލަތުގެ ހުށަހެޅުމާ ޚިލާފަށް ކުރީގެ ޤާނޫނުލްޢުޤޫބާތަށް ރުޖޫޢަވާންޖެހޭ އެއްސަބަބަކީ، މި މައްސަލައިގައި ޢަލީ ޢާލިމްގެ މައްޗަށް ޝަރީޢަތުގައި ދަޢުވާ އިއްވިއިރު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާވަނީ އުވާލާފައިކަމުން، މީނާގެ މައްޗަށް ދަޢުވާ އިއްވިއިރު އަދަބު ވުޖޫދުވެއޮތީ ކުރީގެ ޤާނޫނުލްޢުޤޫބަތުގެ 88 ވަނަ މާއްދާގެ (ރ)ގައި ކަމަށްވުމެވެ. މިހާރު ޢަމަލުކުރާ ޤާނޫނުލްޢުޤޫބާތަށް ދަޢުވާ އުފުލިއިރު ޢަމަލުކުރަން ފަށާފައިނުވެއެވެ.
108ކުރީގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ)ގެ ދަށުން، އަދަބު ކަނޑައަޅަމުން އައިސްފައިވަނީ "ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު 6" ގެދަށުން ކަމަށްވާއިރު، މި މައްސަލައިގެ މަރަކީ ޤަޠުލު ޚަތއަ އަކަށްވެފައި، ދިޔައަކީ ބުނެވިދިޔަ ގަވާއިދުގެ 76 ވަނަ މާއްދާގައިވާ މުޚައްފަފު މަރުގެ ދިޔައެވެ. ޝަރީޢަތްކުރުމބެހާ ގަވާއިދު 6ގެ 76 ވަނަ މާއްދާގައި، މުޚައްފަފު މަރުގެ ދިޔައަކީ 100،000.00ރ (އެއްލައްކަ ދިވެހި ރުފިޔާ) ކަމަށާއި، 29 އޭޕްރީލް 1993 އިނފެށިގެނ ނިންމް މަރުގް މައްސަލަތަކުގައި މަރުގެދިޔަ ކަނޑައަޅަންވާނީ އެގޮތގު މަތިންކަމަށް ބުނެފައިވެއެވެ.
109ޕްރިސިޑެންސް 6ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައި، ކުށެއް ކުރިއިރު އެކުށަށް ކަނޑައެޅިފައިވާ އަދަބަށްވުރެ ބޮޑުއަދަބެއް އެ ކުށްކުރި މީހާއަށް ދީގެން ނުވާނެކަމަށާއި، އެކުށްކުރުމާ، އެ ކުށެއް ކުރިމީހާއަށ ޙުކުމް ކުރުމާ ދެމެދު، އެ ކުރިކުށެއްގެ އަދަބަށް ޤާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެ މީހަކަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައިވާ އަދަބުކަމަށް ބުނެފައިވެއެވެ. މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ
(ރ)ގައި، ޢުޤޫބާތް ކަނޑައެޅޭ ޤާނޫނުތައް، ކުށުގެ ތުހުމަތުކުރެވޭ މީހާއަށް ފައިދާވާގޮތަށް މާނަކުރުމަކީ ޤާނޫނު މާނަކުރުމުގެ ހަމަކަމަށް ބަޔާންކޮށްފައިވެއެވެ.
110މި މައްސަލައިގައި އަދަބު ކަނޑައަޅުމުގައި ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މިހާރު ޢަމަލުކުރާ ޤާނޫނުލްޢުޤޫބާތުގެ 111 ވަނަ މާއްދާގައިވާ އަދަބު ބޮޑުވުމުގެ ސަބަބުން އެއަދަބު ކަނޑަނޭޅޭނެކަމަށް ބަޔާންކުރުމަށްފަހު، މަރުގެ ދިޔައަކީވެސް އަދަބަކަށްވާއިރު، ދިޔައިގެ އަދަދަކީ މހާރި ޢަމަލުކުރާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަދަބު ކަނޑައެޅުމުގެ އުޞޫލުގެ 44 ވަނަ މާއްދާގެ (ނ)ގައި މުޚައްފަފު މަރގުދިޔައިގ ގޮތުގައެ ކަނޑައަޅާފައިވާ 1,000,000.00ރ (އެއްމިލިއަން ދިވެހި ރުފިޔާ)ކަމަށް މީގެފަހުން "ޝަރީޢަތްކުރުމާބެހޭ ގަވާއިދު 6"ކަމަށް ބުނެފައިވާ.
111ދައުލަތުން ބުނެފައިވާގޮތާ ޚިލާފަށް، ކުރީގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ)ގއ ނުވަތި މިހާރަ ދައުލަތުން އަދަބު ކަނޑައެޅުމަށްއެދޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަދަބު ކަނޑައެޅުމުގެ އުޞޫލުގައިވެސް މަރުގެ ދިޔައަކީ 100 (އެއްސަތޭކަ) ޖަމަލުކަމަށް ބަޔާންކޮށްފައިނުވެއެވެ. އަދި ޤާނޫނުލްޢުޤޫބާތުގެ 111 ވަނަ މާއްދާގައިވާ އަދަބުތައް ޢަލީ ޢާލިމްގެ މައްޗަށް ނުހިންގުމަށް ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލު ދައުލަތުން ބޭނުންކުރުމަށްފަހު، ހަމަ އެނޭވާގައި، މަރުގެދިޔައާ ގުޅުވައި ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ
(ރ)އާ ޚިލާފަށް، މަރުގެދިޔައިގެ އަދަބު ބޮޑުކުރުމަށް އެދުމަކީ ޤާނޫނުއަސާސގީ 223 ވަނަ މާއްދގާ
(ފ)ގައި ޤާނޫނުއަސާސީގި އެންމެހައި ހަމަތަކާއި، ޤާނޫނާއި، އެންމެހައި ފަރުދުންގެ ޙައްޤުތައް ނެގެހެއްޓުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ކިބައިގައިއޮތް މަސްއޫލިއްޔަތާއި ބާރުތަކާ ޚިލާފު، ދައުލަތުގެ ވަކީލުންގެ ޖަޒުބާތީ ހުށަހެޅުމެއްކަމަށް ހިތާމައާއެކު ދެކެމެވެ. ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލް ތަމްސީލުކުރާ ވަކީލުންނަކީ، ޤާނޫނީ އުޞޫލުތައް އެންމެންގެ މައްޗަށް އެއްހަމައަކުން ހިންގުމަށް ޝަރީޢަތުގައި ވަކަލާތުކުރާ ބަޔަކަށް ވާންޖެހޭކަމަށް ދެކެމެވެ.
112ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން، ކުރީގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ)ގެ ދަށުން، ޤަޠުލު ޚަޠައުގެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޢަލީ ޢލިމާގެ މައްޗަށް ކަނޑައެޅޭނެ މުޚައްފަފު މަރުގެ ދިޔައކަ 29 އޭޕްރީލް 1993 އިންފެށިގެން މި މައްސަލައިގެ ކުށުގެ ޢަމަލު ފުރިހަމަވި 25 ފެބްރުއަރީ 2015 ދުވަހާ ހަމައަށް ކަނޑައަޅަމުންދިޔަ 100،000.00ރ (އެއްލައްކަ ދިވެހި ރުފިޔާ) ކަމަށްދެކެމެވެ.
113އަދި ޤަޠުލު ޚަޠއައ ގުޅިގެނާ ކުރީގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ)ގެ ދަށުން، މަރުގެ ކައްފާރާއަށް ވިދިވިދިގެން ހަނދުމަހުގެ 2 (ދޭއް) މަސްދުވަހު ޢަލީ ޢާލިމް ރޯދަހިފުމަށް އަމުރު ކުރަންޖެހޭކމަށަ ދެކެމެވެ.
114ޕްރިސިޑެންސް 8މި މައްސަލައިގައި ދައުލަތުން ދަޢުވާކުރި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ)ގައި، ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުން ލިބިއްޖެނަމަ، އިސްލާމީ ޝަރީޢަތުން ކަނޑައަޅާ ބަދަލު ދިނުމުގެ އަދަބުގެ އިތުރަށް، އެ އުޅަނދު ދުއްވި މީހާގެ ލައިސަންސް 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ހިފެހެއްޓޭނެކަމަށް ބުނެފައިވާއިރު، ޢަލީ އާލިމްއަކީ ލައިސަންސްނެތި އެއްގަމު އުޅަނދެއް ދުއްވި މީހެކެވެ. ލައިސަންސްނެތް މީހެއްގެ ލައިސަންސް ހިފަހައްޓާނެގޮތެއ ދައުލަތުން މި މައްސަލައިގެ ޝަރީޢަތަށް ސާފުކޮށްދީފައިނުވެއެވެ.
115މި މައްސަލައިގައި ދައުލަތުން ދަޢުވާކުރި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ)އަށް ބަލާއިރު، ޤާނޫނުގެ އެ މާއްދާގެ މަޤުޞަދަކީ މީހުން ރައްކާތެރިކުރުން ކަމަށްވެފައި، ލައިސަންސްނެތް މީހަކު ދުއްވުމަކީ އެއްވެސްގޮތަކަށް ކޮށްގެންވާނެކަމެއ ނޫންކަން އެނގެއެވެ. އަދި ލައިސަންސްއޮތް މީހެއްގެ ޢަމަލުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުން ލިބިއްޖެނަމަ އެމީހަކު މުޞްތަޤުބަލުގައި އެއްގަމު އުޅަނދު ދުއްވުމާގުޅޭގޮތުނ ދައުލަތުން ސިޔާސަތެއް އެކުލަވާލާފައިވއިރު، އެ ސިޔާސަތުގެ ތެރޭގައި ނުރައްކާތެރިކޮށާ ދުއްވާ އެންމެން، ލައިސަންސް އޮތަސްނެތަސް ހިމެނޭގޮތުން، އެ މާއްދާ ތަރުޖަމާ ކުރަންޖެހޭކަމަށް ދެކެމެވެ. އަދި އެ ޙާލަތުގައި، ލައިސަންސްނެތް މީހެއްގެ މައްޗަށް، ޤާނޫނުގައި ބަޔާންކރު ލައިސަންސް ހިފެހެއްޓުމުގެ ލަފުޒީ ތަރުޖަމާއަށް ބިނާކޮށް، ނެތްލައިސަންސްއެއް ނުހިފހެއްޓެނެކަމަށް މާނަކުރުމުގެ ބަދަލުގައި، މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ)ގައި ޤާނޫނި އެކުލަވާލުމުގައި ރައްޔިތުންގެ މަޖިލީހުން ފޫބެއްދުމަށް މަސައްކަތްކުރާ އުނިކަމަށް ޙައްލު ހޯދައިދިނުމުގެ އުޞޫލާއި، އެ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނު ފާސްކުރުމުގެ މަޤުޞަދުގެ އުޞޫލަށް ރިޢާޔަތް ކުރަންޖެހޭކަމަށް ދެކެމެވެ. އެގޮތު ން، މި ޙާލަތުގައި ޤާނޫނުގެ މަޤުޞަދުގެ ބޭނުމަށް، ލައިސަންސް ހިފެހެއްޓުމުގެ މާނައަކީ ލައިސަންސްނެތި މީހަކަށް ލައިސަންސް ދިނުމުން މަޙުރޫމުކުރާ މުއްދަތުކަމަށް ދެކެމެވެ. ވީމާ، މި ނިންމުން ނިންމާ ތާރީޚުންފެށިގެން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ޢަލީ ޢާލިމްއަށ އެއްވެސް ލައިސަންސްއެއް ދޫކުރެވޭނެކަމަށް ނުދެކމެ ވެ.
116މި މައްސަލައިގައި ޢަލީ ޢާލިމްއަކީ، ލައިސަންސްނެތި ދުއްވި މީހަކަށްވެފައި، ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މީނާގެ މައްޗަށް އަދަބު ކަނޑައަޅަންޖެހެނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި މހި ރ އޮތު 63 ވަނަ މާއްދާގެ ބަދަލުގައި، ދައުލަތުގެ ދަޢުވާގައި ޙަވާލާދީފައިވާ އެ ޤާނޫނުގެ ކުރީގެ 60 ވަނަ މާއްދާގެ (ހ) ދަށުންނެވެ.
117ޕްރިސިޑެންސް 9ކްރިމިނަލް ކޯޓުގެ ނަންބަރު 109/Cr-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 14 ވަނަ ނުކުތާއަށް ބަލާއިރު، އަޒުލީލާ ޢަބްދުﷲ ގެ ވާރިސުން ކަނޑައަޅައި، ވާރިސުންގެ ބަހެއް ހޯދާފައިނުވާކަން އެނގެއެވެ. އަދި މަރުޙޫމާގެ ޢާއިލާގެ މެންބަރުން ތަޙުޤީޤަށް ދީފައިވާ ބަޔާންތަކުގައި މަރަށްމަރު ބޭނުންކަމަށް ބުނެފައިވާއިރު، ޤަޠުލު ޚަޠައުގެ މަރަކީ، އިސްލާމީ ޝަރީޢަތުގައި މަރަށްމަރު ހިފޭނެ ޙާލަތެއް ނޫންކަން ސާފުވެފައިވާކަމަށް ބެލެވޭކަށްނެތެވެ.
118މި މައްސަލައިގައި 28 ނޮވެމްބަރ 2024 ދުވަހު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމަށް ދައުލަތުން ޙާޟިރުވިއިރު، ބުނެވިދިޔަ ކަންކަމަށް ވިސްނާފައިވާކަމަށް ބެލެވޭކަށްނެތެވެ. އެހެންނަމަވެސް، މަރަށްމަރު ނުހިފޭނެކަނ ވާރިސުންނަށް ސާފުނުވެ ދައްކާފައިވާ ވާހަކަތަކަކަށް ރިޢާޔަތްކުރުމުގެ ބަދަލުގައި، މަރުގެ ދިޔައާމެދު ވާރިސުން ދެކޭގޮތެއ ޝަރީޢަތުން ސާފުކުރަންޖެހޭކަމަށް ދެކެމެވެ.
119އެހެންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އއރ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އާއި ޢަބްދުﷲ ނަޡީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާތަކުގައި އަދަބު ކަނޑައެޅުމަށް ދަށުކޯޓަށް މައްސަލަ ތަޙުވީލުކުރުމުގެ އުޞޫލުތަކަށް ރިޢާޔަތްކޮށް، ޢަލީ ޢާލިމްގެ މައްޗަށް ސާބިތުވާ ޤަޠުލު ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/86 ޤަޟިއްޔާ. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/72 ޤަޟިއްޔާ. ޚަޠައުގެ ކުށާގުޅިގެން، އަޒުލީލާ ޢަބްދުﷲ ގެ ވާރިސުން ސާބިތުކޮށް ބަހެއް ހޯދުމަށްފަހު، މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަންކަމާއި އުޞޫލުތަކުގެ ތަރަހައިގެ ތެރެއިން މަރުގެ ދިޔަލިބިދިނުމާމެދު ގޮތެއްކަނޑައެޅުމަށްޓަކައި، މި މައްސަލަ ކްރިމިނަލް ކޯޓަށް ތަޙުވީލު ކުރަންޖެހޭކަމަށް ފެނެއެވެ.
120ބުނެވިޔ ކަންކަނަ އެގޮތުގެމަތިން ހުރުމުން، ތިރީގައި ބަޔާންކޮށްފައިވާގޮތަށް މައްސަލަ ނިންމަންފެނެއެވެ.
1.120. ކްރިމިނަލް ކޯޓުގެ ނަންބަރު 109/Cr-C/2016 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށް؛ އަދި
2.120. ދައުލަތުން ޢަލީ ޢާލިމްގެ މައްޗަށް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ)ގެ ދަށުނކުޅް، އެއްގަމުގައި ދުއްވާއެއްޗެއ ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ދަޢުވާ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބަޔާންކުރާ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައަޅައި؛ އަދި
3.120. ޢަލީ ޢާ ލިމ ނުރައްކާތެރިކޮށް އެއްގަމު އުޅަނދެއް ދުއްވުމުގެތެރޭގައި ހިނގިހާދިސާގައި، އަޒުލީލާ ޢަބްދުﷲއަށް އަނިޔާވެ، އެ އަނިޔާތަކުގެ ސަބަބުން ނިޔައުވެފައިވާތީ، އަޒުލީލާ ޢަބްދުﷲ ގެ މަރަކީ ޢަލީ ޢާލިމް ޒިއްމާވާންޖެހޭ ޤަޠުލު ޚަޠައުއެއްކަމަށް ކަނޑައަޅައި؛ އަދި
4.120. ޢަލީ ޢާލިމްގެ މައްޗަށް ސާބިތުވާ ޤަޠުލު ޚަޠައުގެ ކައްފާރާއަށް، ވިދިވިދިގެން ހަނދުމަހުގެ 2 (ދޭއް) މަހު ރޯދަހިފުމަށް އަމުރުކޮށް؛ އަދި
5.120. ޢަލީ ޢާލިމްގެ މައްޗަށް ސާބިތުވާ ޤަޠުލު ޚަޠައުގެ ޢުޤޫބާތެއްގެގޮތުން، ކުރީގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ)ގެ ދަށުން، އަޒުލީލާ ޢަބްދުﷲ ގެ ވާރިސުންނަށް ކަނޑައެޅޭނެ މަރުގެ ދިޔައކަ 100,000.00ރ (އެއްލައްކަ ދިވެހި ރުފިޔާ) ކަމަށް ކަނޑައަޅައި ؛ އަދި
6.120. މި ޙުކުމްކުރާ ތާރީޚނު ފެށިގެން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް، ޢަލީ ޢާލިމްއަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން އެއްވެސް ލައިސަންސްއެއ ދައުލަތުން ނުދެވޭނެކަމަށް ކަނޑައަޅައި؛
7.120. އަޒުލީލާ ޢަބްދުﷲ ގެ ވާރިސުން ސާބިތުކޮށް، މރުގަ ދިޔައާމެދު ވާރިސުންގެ ބަހެއްހޯދުމަށްފަހު، ވާރިސުންނަށް ދިޔލިބިދިނުމާމެދަ ގޮތެއްނިންމުމަށް ކްރިމިނަލް ކޯޓަށް މި މައްސަލަ ތަޙުވީލުކުރަން ފެނެއެވެ.
121މއ ޢަލީ ޢާ ލިމްގެ މައްޗަށް އެއްގަމުގައި ދުއްވާއެއްޗެއ ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ދއަ ވ ކްރިމިނަލް ކޯޓުގައި ކުރެވި އެދއަވާ ސާބިތުވެފައިނުވާތީ ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފެކެވެ. މިއިސްތިއުނާފުގައި ދައުލަތުން މައިގަނޑު ގޮތެއްގައި ސުވާލު އުފައްދާފައިވަނީ ދައުވާ ސާބިތުކުރުމުގައި ހެކި ވަޒަންކޮށްފައިވާ ގޮތާމެދުއެވެ.
122މިމައްސަލައިގައި ޢަލީ ޢާލިމްގެ މައްޗަށް ދައުވާ އުފުލިފައިވަނީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. ތުހުމަތުކުރެވޭ ކުށުގެ ހާދިސާ ހިނގީ 23 ފެބްރުއަރީ 2015 ގައެވެ. ހާދިސާގައި އަޒުލީލާ ޢަބްދުﷲ ނިޔައުވެފައިވަނީ 25 ފެބްރުއަރީ 2015 ގައެވެ. ދައުވާ ކޯޓަށް ހުށަހެޅުމުގެ ކުރިން، 30 ނޮވެންބަރު 2015 ގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ) އިސްލާޙުކޮށްފައިވެއެވެ.
123ޤާނޫނުއަސާސީގެ 59 ވަނަ މާއްދާ ގައި ބަޔާންކުރަނީ މީހަކަށް އަދަބެއް ދެވެނީ އެމީހަކު ކުރި ކަމެއް ނުވަތަ ނުކޮށް ދޫކޮށްލި ކަމަކީ ކުށެއް ކަމުގައި ޤާނޫނެއްގައި ނުވަތަ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާނަމަކަމަށެވެ. legality of Principle ގެ ދުސްތޫރީ މަބްދައުގެ ދަށުން، ޖިނާއީ އަދަބެއް ދިނުމަށްޓަކައި، ބަލާ މައިގަނޑު އެއްކަމަކީ، މީހަކު އެޢަމަލެއ ކުރާއިރު، އެއީ ތަޖުރީމުކުރެވި ކުށެއް ކަމަށް ކަނޑައެޅިފައިވާ ޢަމަލެއްކަން ކަށަވަރުކުރުމެވެ. މި މައްސަލައިގައި ހިމެނޭ ހާދިސާ ހިނގިއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 109/Cr-C/2016 ޤާނޫނު ނަންބަރު 5/2009 - މީގެފަހުން "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" ކަމަށް ބުނެފައިވާ ކްރިމިނަލް ކޯޓުގެ ރިޕޯޓުގެ ދައުވާގެ ހުލާސާ ކްރިމިނަލް ކޯޓުގެ ރިޕޯޓުގެ ދައުވާގެ ހުލާސާ ޤާނޫނު ނަންބަރު 2015/36 (ޤާނޫނު ނަންބަރު 5/2009) (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް 3 ވަނަ އިސްލާޙްގެނައުމުގ ޤާނޫނެ ގެޒެޓް ކުރީ 30 ނޮވެންބަރު 5201 ގައެވެ. “nullum crimen, nulla poena sine lege” -no one can be punished under a law unless that law was in effect at the time of the offense ދައުވާ އުފުލިފައިވާ އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ގެ 60 ވަނަ މާއްދާ އެގޮތުގައި އޮތުމެ ން، މައްސަލު ހިނގަމުން ދަނިކޮށް، މިމާއްދާއަށް ބަދަލެއް އައުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ބުރަވެ، މިދައުވާ ކުރިއަށް ދިއުމަށް ހުރަސްއެޅޭ ކަމެއް ކަމުގައި ނުދެކެމެވެ.
124ކްރިމިނަލް ކޯޓަށް ހުށަހެޅުނު މިދައުވާގެ ސީޣާގައި ދައުލަތުން ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ޢަލީ ޢާލިމް، 23 ފެބްރުއަރީ 2015 ދުވަހު 21:45 އެހައިކަށްހައިއިރު، މާލޭގެ ޒަމާނީހިނގުމުނ އިރުން ހުޅަނގަށް ބާރުސްޕީޑުގައި، ރަޖިސްޓަރީ ނަންބަރު P3020-AA0B ސައިކަލު ދުއްވާފައި ދަނިކޮށް، އެމަގުން ހިނގާފައިދިޔަ ހއ. ހޯރަފުށި، ގާތުގިރި، އަޒުލީލާ ޢަބްދުﷲ ގެ ގައިގައި މީނާ ދުއްވި ސައިކަލުންޖެހި އެކްސިޑެންޓު ވެފައިވާތީއާއި، އެ އެކސިޑެންޓުގެ ސަބަބުން އަޒުލީލާ ޢަބްދުﷲ އަށް ލިބުނު އަނިޔާތަކަށް އައި.ޖީ.އެމް. ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އަޒުލީލާ ޢަބްދުﷲ ނިޔާވެފައިވާ ތ، ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނ) ގެ 60 ވަނަ މާއްދާގެ
(ހ)ގެ ދަށުން، އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ދަޢުވާއެވެ.
125އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ގެ 60 ވަނަ މާއްދާގެ (ހ)ގެ ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ނުރައްކާތެރިކޮށް ނުވަތް ފަރުވާކުޑަކޮށް، އުޅަނދު ދުއްވައިގެން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، އިސްލާމީ ޝަރީޢަތުން ކަނޑައަޅާ ބަދަލުދިނުމުގެ އަދަބުގެ އިތު ރަށް، އެއުޅަނދު ދުއްވި މީހާގެ ލައިސަންސް 10 (ދިހަ) އަހަރު ދުވހުގަ މުއްދަތަށް ހިފެހެއްޓޭނެއެވ".
126މިއިސްތިއުނާފު ހުށަހަޅަމުން ދައުލަތުން ފާހަގަކޮށްފައިވާ ފަދައިން، މިމާއްދާގެ ދަށުން ކުށް ސާބިތުކުރުމުގައި ސާބިތުކޮށްދޭންޖެހޭ އުންސުރުތަކަކީ، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވިކަމާއި، މީހެއްގެ ފުރާނައަށް ގެއްލުން ލިބިފައިވާކަމާއި، މީހެއްގެ ފުރާނައަށް ގެއްލުން ލިބިފައިވަނީ ދަޢުވާލިބޭ ފަރާތް ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވުމުގެ ޢަމަލުގެ ނަތީޖާއަކުންކަމެވެ.
127މިދަޢުވާއ ގުޅިގެނާ ދަށުކޯޓަށް ހުށަހެޅުނު ލިޔެކިޔުންތަކުގައި އަޒުލީލާ ޢަބްދުﷲ ނިޔާވެފައިވަނީ، މަރުޙޫމާގެ ބޮލަށްލިބުނު އަނިޔާތަކުގައި ސިކުނޑިއަށް ގެއްލުންލިބި، އޭގެސަބަބުން އެތެރެހަށީގެ ހުރިހާ ގުނަވަންތައ މަސައްކަތްކުރުން ހުއްޓުމަށްފަހު، ހިތްހުއްޓިގެންކަމަށް ބަޔާންކޮށްފައިވެއެވެ. މިޙާދސާގައި އަޒުލީލާ ޢަބްދުﷲ އަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ނިޔާވެފައިވާކަން ސާބިތުވާކަމާމެދު ބަހުޘެއް ނެތެވެ.
128ދައުވާ ގެ ސީޣާއަށް ބަލާއިރު، މިދައުވާ ބިނާކުރުމުގައި "ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކުރުމުގެ" ޢަމަލެއްގެ ގޮތުގައި ދައުލަތުން ފާހަގަކޮށްފައިވަނީ "މާލޭގެ ޒަމާނީހިނގުމުނ އިރުން ހުޅަނގަށް ބާރުސްޕީޑުގައި، ރަޖިސްޓަރީ ނަންބަރު P3020-AA0B ސައިކަލު ދުއްވާފައި ދަނިކޮށް، އެމަގުން ހިނގާފައިދިޔަ ހއ.ހޯރަފުށި، ގާތުގިރި، އަޒުލީލާ ޢަބްދު ﷲގެ ގައިގައި މީނާ ދުއްވި ސައިކަލުންޖެހި އެކްސިޑެންޓު ވެފައިވާތީ"....، މިފަދައިންނެވެ.
129އެހެންކަމުން، މިމައްސަލައިގައި ދައުވާ ހުށަހަޅާފައިވާ ގޮތުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ކޮށްފައިވާ ކުށުގެ ޢަމަލުގެ ގޮތުގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ބާރު ސްޕީޑެއްގައި ދުއްވުމެވެ. ސުވާލަކީ، ދައުލަތުން ހުށަހެޅި ހެކިތަކުން ބާރު ސްޕީޑެއްގައި ދުއްވާފައިވާކަން ސާބިތުވޭތޯ އެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހުޘަކީ، ދައުލަތުން ހުށަހެޅި އެއްވެސް ހެއްކެއްގެ ބަހުން ސައިކަލގް ދުވެލގެ މިންވަރީ އެނގެން ނެތް ކަމެވެ.
130މިބާވަތުގެ މަގުމަތީގެ އެކްސިޑެންޓްތަކުގައި ދުވެލީ ގެ މިންވަރު ސާބިތުކޮށްދިނުމަށް އެކަމަށް ޚާއްސަ މެޝިނަރީއާއ ވަސީލަތްތަކާއި ފަންނުވެރިންގެ އެހީގައި ދުއްވި ސްޕީޑަކީ ކޮބައިކަން ސާބިތުކޮށްދިނުމަކީ، އެންމެ ފުރިހަމަ ގޮތެވެ. ނަމަވެސް، ހާދިސާ ހިނގާތަނުގައި އެފަދަ ވަސީލަތެއް ޤާއިމުވެފައިނެތުމަކީ މިވާޤިއާ ސާބިތުކުރުމަށް ހުރަސް އެޅެންޖެހޭ ސަބަބެއް ނޫނެވެ. މިގޮތުން، މަންޒަރު ފެނުނު މީހުންގެ ހެކި ބަހާއި، ހާދިސާގައި ކަން ހިނގާފައިވާ ގޮތް ކަމަށް ބެލެވޭ ވާޤިއާތަކުގެ މައްޗަށް ކުށުގެ ވެށި ރީކޮންސްޓަރަކްޓް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ނަންބަރު 0028002 "މަރު ސާބިތުކުރި ލިޔުން " ކޮށް، ކުށުގެ ވެށިން ފެންނަ ތަކެއްޗާއި މީހުންނާއި ތަކެއްޗަށް ލިބިފައިވާ ގެއްލުމާއި އަޅާކިޔައި ކަމުގެ ޢިލްމާއި ތަޖުރިބާގެ އަލީގައި ދުއްވާފައިވަނީ މަގުމަތީގައި ދުއްވުން ހުއްދަކުރާ މިންވަރަށް ވުރެ މަތިންތޯ ނުވަތަ ނޫންތޯއާ މެދު ޚަބީރެއްގެ ބަހެއް ހޯދިދާނެއެވެ.
131މިމައްސަލައިގ ހާދިސާ ހިނގިއިރު، ސައިކަލް ފަހަތުގއަ އިން ފަރާތުން ސައިކަލް ދުއްވާފައިވާ ބާރުމިނާއި މެދު ތަޙްޤީޤު މަރުހަލާގއާއަ ޝަރީޢަތުގެ މަރުހަލާގައި ދެގޮތަކަށް ހެކބަސި ދީފައިވެއެވެ. ތަޙުޤީޤުގައި ދުވެލީގެ ސްޕީޑް ބަޔާންކުރުމުގައި ސައިކަލް ދުއްވާފައިވަނީ 40 މޭލު ކަމަށް މިހެކިވެރިޔާ ލަފާކޮށްފައިވއެވެ. އެހެންނަމަވެސް، ޝަރީޢަތުގެ މަޖިލީހުގައި، އެސައިކަލަކީ 25 މޭލަށް ނުދުވާނެ ސައިކަލެއް ކަމަށް ބުނެފައިވެއެވެ. މިހެކިވެރިޔާގެ ހެކިބަހުގައި މިފުށުއެރުން ހުރުމުން މިހެކިބަހަށް މާބޮޑު ބުރަދަނެއް ދެވިދާނެކަމުގައި ނުދެކެމެވެ.
132ދުވެލީގެ މިންވަރު ސާބިތުކުރުމަށް ދައުލަތުން ދެން ހުށަހަޅާފައިވާ ހެއްކަކީ، ޓްރެފިކް ޕޮލިސް ދާއިރާގއަ 11 އަހަރުގެ ތަޖުރިބާ ހުރި ފަރާތއެ ކަމަށް ބަޔާންކޮށްފައިވެއެވެ. މިފަރާތަކީ އެކްސިޑެންޓް ހިނގިތާ 10-15 މިނިޓެއް ތެރޭގައި ސީނަށް ދިޔަފަރާތެކެވެ. ތަމްރީން ލިބިހުރި ތަޖުރިބާވެރި ފުލުސް އޮފިސަރެއްގެ ރައުޔަކީ ބައެއް ބާވަތުގެ މައްސަލަތަކުގައި އިތުރު ބުރަދަނެއް ދެވިދާނެ ހެކިބަހެއް ކަން ސުޕްރީމް ކޯޓުގެ މަފްތޫޙު ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. މިމައްސަލައިގައި، ސައިކަލްގެ ބަރުދަނާއި، ސައިކަލްގައި ތިބި މީހުންގެ އަދަދާއި ލިބުނު ގެއްލުމާ އަޅާކިޔާއިރު، 30 އަދި 40 ގެ ސްޕީޑް ލިމިޓެއްގައި ދުއްވާފައިވާކަމަށް ބެލެވޭކަމަށް ހެކިވެރިޔާ ހެކި ބަސް އަދާކޮށްފައިވެއެވެ. ދައުލަތުގެ ހެކިވެރިޔާ މުޙައްމަދު ޢާލިމް އބޙ ދައުލަތުގެ ހެކިވެރިޔާ އިބްރާހީމް ޒަހީން 2021/SC-A/50 ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދިން މަޙްޟަރު ބަޔާން - 24 އޮގަސްޓު 2016 މައްސަލައިގައި ތައްޔާރުކޮށްފައިވާ ސީން އޮފް ކްރައިމް ރިޕޯޓުގެ އެހީއާއެކު ސައިކަލަށާއި، ހާދިސާ ހިނގިތަނުގައި ހުރި ކަރަންޓް ފޮއްޓަކަށާއ މަގުމަތީގައި ހުރި ޓަޔަރު މާކުތަކަށް ހަވާލާދީފައިވެއެވެ.
133މިމައްސަލައިގައި ހެކި ބަސް އަދާކުރި، ޑޮކްޓަރުގެ ހެކިބަހުގައި ތަހުލީލުތަކުން، މަރުހޫމާގެ ސިކުނޑީގެ ނާށިގަނޑު ފަޅައިގެންގޮސފައިވާކަމަށާއް، މިފަދައިން ނާށިގަނޑު ފަޅައިގެންދާނީ ފުދޭ ވަރަކަށް ބޮޑު އަނިޔާއެއް ލިބުނީމަ ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ އަނިޔާއެއް ލިބޭނީ ބޮޑު ފޯސްއެއް ކަހަލަގޮތަށް ޖެހުނީމަކަމަށ ހެކިބަސް އަދާކޮށްފައިވެއެވެ.
134އެހެންކަމުން މިމައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިވެރިޔާ އިބްރާހިމް ޒަހީންގެ ހެކިބަހާއި، އަދި މެޑިކަލް ޑޮކްޓަރުގެ ހެކިބަހާއި، ގުޅުވައިލުމުން ޢަލީ ޢާލިމް ދުއްވާފައިވަނީ ބާރު ސްޕިޑްގައ ކަމަށި ބުރަވވެ އެވެ.
135ދަށު ކޯޓުގައާއި މިކޯޓުގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު، ދައުލަތުންނާއި ޢަލީ ޢާލިމގް ފަރާތުން ދައްކާފައިވާ ވާހަކަތަކުން ފާޅުކަން ބޮޑުގޮތެއްގައި އެނގެން އޮތް އެއްކަމަކީ، ޢަލީ ޢާލިމް އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ސައިކަލް ދުއްވި ފަރާތެއް ކަމެވެ. މައްސަލަ ނިންމުމުގައި މިދައުވާ ބިނާކުރުމުގައި ލައިސަންސް ނެތި ދުއްވުމުގެ ދައުވާ ކޮށްފައިނުވާތީ، އެކަން ބަލާފައިނުވާކަމަށް ދަށުކޯޓުން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް،ފާޅުކަން ބޮޑް ގޮތެއްގައި ފެންނަން އޮތް މިވާޤިއާއަކީ ނުރައްކާތެރި ކޮށް ދުއްވުމުގެ މި ދައުވާގައި ރިއާޔަތްނުކޮށް ދޫކޮށްލެވޭނެ ވާޤިއާއެއް ކަމުގައި ނުދެކެމެވެ.
136ދުއްވަން ދަސްކުރުން، އެމަރޖެންސީ ޙލަތެއާ މެދުވެރިވުން، ލައިސަންސް މުއްދަތު ހަމަވުމުން ފަދަ އެއްވެސް ސަބަބެއް ނެތި އެއްގަމު އުޅަނދު ދުއްވުމުގެ ޤާނޫނުން ލާޒިމުކުރާ މިހުއްދަ ނެގުމަށް އެއްވެސް ފަރުވާލެއް ނތެ މަގުމަތީ އުޅަނދެއް ދުއްވުމަކީ، ސަބަބުވެރި އިންސާނެއްގެ މިންގަނޑުން ބަލާއިރު، އެކަމުގެ މޯލްޑިވްސް ޕޮލިސް ސަރވިސް ނަންބަރު 2015/02699-LC ހެކިވެރިޔާ ޑރ. އޙަ މަދް ޒިޔާން 02 ފެބްރުއަރީ 2020 ގެ މަޙްޟަރު ބަޔާން ކްރިމިނަލް ކޯޓުގެ ނަންބަރު 109/Cr-C/2016 ޤަޟިއްޔާ ގެ ރިޕޯޓުގެ 13 ވަނަ ނުކުތާ ސަބަބުން ޙުދު ދުއްވާމީހާއާއ މަގުމަތީގައި ހިނގާބިނގާވެ އުޅޭ އެހެން މީހުން ނުރައްކަލަކަށް ވެއްޓުމަށް ދޮރުހުޅުވޭ ޢަމަލެއްކަމުގައި ދެކެމެވެ.
137ބުނެވުނު އެންމެހައި ކަންތައްތަކަށް ރިއާޔަތްކުރާއިރު، ޢަލީ ޢާލިމްއަކީ ލައިސަންސް ނެތި އުޅަނދެއް ދުއްވާފައިވާ ފަރާތެއްކަމުގެ ވާޤިއާއާއ އަދި ދުއްވާފައިވަނީ ބާރު ސްޕީޑުކަމުގައި ބުރަވެވޭ ވާޤިއާއެކުއެކީ ބެލުމުން، ޢަލީ ޢާލިމުގެ މިޢަމަލަކީ ނުރައްކާތެރިކޮށް ދުއްވުމުގެ ޢަމަލެއް ކަމުގައި ބެލެވެއެވެ.
138ދެން، އޮތީ މިކުށުގެ ތިންވަނަ ރުކުންކަމުގައިވާ، މީހެއްގެ ފުރާނައަށް ގެއްލުންވެފައިވަނީ ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުންތޯ (ކޯސޭޝަން) ބެލުމެވެ ؟ މިޙާލަތަށް ތަޠްބީޤުކުރާއިރު، އެކްސިޑެންޓުގައި މަރު ޙމާގޫ ފުރާނަގޮސްފައިވަނީ، ޢަލީ ޢާލިމް ލައިސަންސް ނެތި ދުއްވުމާއި ބާރުސްޕީޑްގައި ދުއްވުމުގެ ސަބަބުންތޯ ބެލުމެވެ. ދައުވާ ކުރާ ފަރާތުގެ ހައިޘިއްޔަތުން، ކޯސޭޝަންގެ މިއުންސުރ ސާބިތު ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ.
139އިސްތިއުނާފު ރައްދުވާ ފަރާތުންނާއި ދަށުކޯޓުން ފާހަގަކުރާ ކަމަކީ، މިމައްސަލައިގެ ހާދިސާ ހިންގުމުގައި އެހެނިހެން ކަންތައްތަކެއް މެދުވެރިވެފައިވާކަމަށެވެ. ޤާނޫނީ އުސޫލުތަކަށް ބަލާއިރު، ކުށުގެ ޢަމަލާއި ނަތީޖާއާ ދެމެދު އޮތް ގުޅުން މެދު ކެނޑޭފަދަ އެހެން މެދުވެރިއެއް/ ސަބަބެއް ( An intervening( novus actus interveniensact ( އޮތް ނަމަ ކުށާއި ޢަމަލާއި ގުޅުވުމުގެ އުންސުރު ފުރިހަމައެއް ނުވެއެވެ. ދަށު ކޯޓުގައާއި މިކޯޓުގެ މަޙްޟަރު ބަޔާންތައް ކްރިމިނަލް ކޯޓުގެ ނަންބަރު 109/Cr-C/2016 ޤަޟިއްޔާ ގެ ރިޕޯޓުގެ 13 ވަނަ ނުކުތާ
186.-Rakshith-Mukund.pdf VOL. 2 ISSUE 3 Journal of Legal Research and Juridical Sciences ISSN (O):
140ކުށާއި ޢަމަލު މެދު ކެނޑޭ ޢަމަލެއް އޮތްކަމަށް ބުނާ ނަމަ އެފަދަ ޢަމަލެއް އޮތް ކަން ސާބިތުކޮށްދިނުމަކީ، އެހެން ބުނާ ފަރާތެއްގެ ޒިންމާއެކެވެ. އެހެންނަމަވެސް، ކޯސޭޝަނުގެ އުންސުރު ސާބިތުކުރުމަށް ދައުލަތުގެ މައްޗަށް އޮތް ޒިންމާ ބަދަލެއް ނުވެއެވެ.
141މިމައްސަލައިގައި ހާދިސާ ހިންގުމަށް މެދުވެރިވި މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ޢަލީ ޢާލިމގް ފަރާތުން ބުނެފައިވަނީ، މިއެކްސިޑެންޓް ހިންގުމަށް މެދުވެރިވީ، ބިދޭސީއަކު ނުގވަ އިދުން ބައިސްކަލެއްގައާ ދިއުމުގެ ސަބަބުން ކަމަށެވެ. ބިދޭސީއަކު ބައިސްކަލެއްގައި ދިޔަކަމަށް މިމައްސަލައިގައި ހެކިބަސް އަދާކުރި މަންޒަރު ދުށް ހެކިވެރިޔާ ތޙަޤީޤުއާއި ޝަރީޢަތުގެ މަޖިލީހުގއަ ބުނެފައިވެއެވެ. އެހެންނަމަވެސް، ކުރިން ފާހަގަކުރި ފަދައިން ހެކިވެރިޔާގެ ހެކިބަހުގައި ޖައުހަރީ ފުށުއެރުންތައް އެބަހުއްޓެވެ.
142މީގެ އިތުރުން ފާހަގަކުރެވޭ ކަމަކީ، މިބިދޭސީ މީހާގެ ފަރާތުން މިހާދިސ މެދުވެރިވާ ގޮތްކަމަށް ޢަލީ ޢާލިމް ބުނާ ގޮތާއި ހެކިވެރިޔާ ބުނާ ގޮތާއި ހުރި ފަރަޤެވެ. އެގޮތުން، މިހާދިސ ހިނގާ އިރު ސައިކަލު ފަހަތުގައި އިން ދައުލަތުގެ ހެކިވެރިޔު މުޙައްމަދާ ޢާލިމް ޝަރީޢަތުގެ މަޖިލީހުގައި ހެކި ބަސް އަދާކުރަމުން ފާހަގަކޮށްފައިވަނީ "އަޅުގަނޑުމެން ދިޔައީ މަގުން ހަމަރީތިކޮށް ދުއްވާފަ، ދަނިކޮށް، އެތާއިން ކާރެއްގެ ފަހަތްކޮޅުންކަނ ކުރް ކޮޅުންކަން އަންނަނީ ބައިސްކަލެއް ކުއްލިއަކަށް ބައިސްކަލ ފަހަތަށް ނިކުތް ގަޑީގައި ސައިކަލް ޕެޑަލް އަޅައިގަންނަނީ އަޅައިގެންފަ ބެލެންސް ކަޓަނީ" ކަމަށެވެ. ޢަލީ ޢާލިމް ތަޙްޤީޤަށް ދިން ބަޔާނުގައި ބިދޭސީ މީހާގެ ޢަމަލަކީ "ބޮޑު ވަށިގަނޑެއް ފަހަތުގައި ބަހައްޓައިގެން ދުއްވާފައި ދިޔަ ބައިސްކަލެއް އަރިއަރިއަށް ޖެހެމުން ދުއްވާފައިދާތީ އެބައިސްކަލުން ނެއްޓުމަށްޓަކައި" ކަމަށް ބުނެފައިވެއެވެ. ހާދިސާ ހިނގުމުގެ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ތައްޔާރުކުރެވިފައިވާ މެޑިކޯ ލީގަލް ގައި ކަން ހިނގިގޮތް މުޙައްމަދު ޢާލިމް 24 ނޮވެންބަރު 2016 ގެ މަޙްޟަރު ބަޔާން މުޙައްމަދު ޢާލިމް 16 މާރިޗް 2015 ގެ ތަހްޤީޤުބަޔާނުގައިވެސ މިފަދައިން ބުނެފައިވެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު H5(a)/MLRT/2015/268- ފޯލިއޯ 26 ބަޔާންކުރަމުން، ބައިސްކަލެއްގެ ޖެހުނު ވާހަކަ އެއްގޮތަކަށް ވެސް ބަޔާންކޮށްފައިނުވެއެވެ. ހުށަހެޅުނު އެއްވެސް ލިޔެކިޔުމަކުން، ހާދިސާގެ އެއްވެސް ހިސާބެއްގައި މިބައިސްކަލަށ ވީގޮތެއް އެނގެން ނެތެވެ. މޑިކެ ލީގަލް ހިސާބުން މައްސަލަ ރިޕޯޓު ކުރެވުނު އިރު މިބައިސްކަލެއްގެ ވާހަކަ ބަޔާންކޮށްފައިނުވާއިރު، ތަހްޤީޤީ ބަޔާންތަކުގައި ހާދިސާ އަށް ފަހު ބައިސްކަލަށް ވީގޮތެއް، އެދުއްވި މީހާ ކޮބައިކަމެއް، އަނިޔާވި ކަމެއް ވެސް ދައުވާ ލިބޭ ފަރާތުންނާއި ހެކިވެރިޔާގެ ބަހުގައި ބަޔާންކޮށްފައިނުވެއެވެ. އެހެންކަމުން، މިމައްސަލައިގައި މިބައިސްކަލުގެ ސަބަބުން އެކްސިޑެންޓް މެދުވެރިވި ގޮތް ބަޔާންކުރުމުގައި ފާޅުކަން ބޮޑެތި ޖައުހަރީ މިފުށު އެރުންތަކާއެކު މިހެކިބަސްތަކަށް ބުރަދަންދީ ހާދިސާ ހިންގުމަށް މެދުވެރިވުމުގައި ގވާއިދަ ޚިލާފުވި އެހެން ފަރާތެއްގެ ޢަމަލެއް އޮތް ކަން ބުނެދިނުމުގެ ބުރަ ޢަލީ ޢާލިމް އަށް އަދާކުރެވިފައިވާކަމުގައި ނުދެކެމެވެ.
143ބަހުސްގެ ބޭނުމަށް، އިސްތއުނާފި ރައްދުވު ފ ރާތުނ ބުނާ ފަދައިން، ބައިސްކަލެއްގެ ހާދިސާ އެދެމެދަށް މެދުވެރިވެފައިވާ ކަމަށް ބަލާ ހާލަތުގައި ވެސް، ފާހަގަކުރެވޭ ކަމަކީ، ބައިސްކަލް ދުއްވި މީހާގެ ގައިގައި އަޅައިގެން ސައިކަލް ކައްސާލިކަމަށް ބުނާއިރު، އާދައިގެ ސްޕީޑެއްގައި ދުއްވާފައި ދިޔަނަމަ، އަދި ބްރޭކް ޖެއްސިނަމަ، މިބާވަތުގެ ސައިކަލެއް ހުއްޓޭނެކަމަށް ދައުލަތުގެ ހެކިވެރިޔާ އިބްރާހީމް ޒަހީން އަދާ ކުރި ހެކިބަހެވެ. މިކަމަށް ރިއާޔަތްކުރާއިރު، މިހާދިސާގައި ލިބުނުކަމަށް ބުނާ ގެއްލުމުގައި އެބުނާ ބައިސްކަލއެ އެދެމެދަށް މެދުވެރިވިނަމަވެސް، ކޮންޓްރޯލުން ނެއްޓި މާދުރުން ކައްސާލައިގެން ގޮސް މަރުހޫމާ އަށް އަނިޔާވުމަށް މެދުވެރިވީ ޢަލީ ޢާލިމް ދުއްވަން އިން ސައިކަލްކަމަށް ދެފަރާތުގެ ބަހުން އެނގޭއިރު އެކަމުގައި ބައިސްކަލގް ދައުރެއް އޮތްކަން އެނގޭނެ އެއްވެސް ހެއްކެއް ނެތް ކަމެވެ.
144މައްސަލައިގައި ނިޔާވި ފަރާތް ހުރީ މަގުގެ ދުވާރު މަތީގައި ނޫންކަމީ މިމައްސަލަ ހިންގުމަށް މެދުވެރިވި ސަބަބެއް ކަމުގައި ޢަލީ ޢާލިމް ފާހަގަކުރާ ކަމެކެވެ. ދައުލަތުގެ ހެކިވެރިޔާ އިބްރާހިމް ޒަހީންގެ ހެކިބަހުގައި އަނިޔާ ލިބުނު ފަރާތް ހުރީ ޕޭމަންޓވާ ފަޅީގައި ނޫންކަމަށް ފާހަގަކޮށްފައިވެއެވެ. މައްސަލައިގައި ހުށަހެޅިފައިވާ ސީން އޮފް ކްރައިމް ރިޕޯޓަށް ބަލާއިރު، ޒަމާނީހިގުން މަގުން އެކްސިޑެންޓްހިގި ސަރަހައްދު ދުރުން ފެންނަ ގޮތުގެ ފޮޓޯއަށް ބަލާއިރު، މަގުގެ އެއފަރާތުގައި ސައިކަލްތަކެއް ޕާރކްކުރެވިފައިވާއިރު، "ދުވާރު" ގެ ގޮތުގައި ފެންނަނީ ވަރަށް ހަނިކޮށް އޮތް ތަނެއްކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ހާދިސާ ހިނގިގޮތް ކިޔައިދެމުނ އެކްސިޑެންޓް ހިންގުމަށް މެދުވެރިވި ސައިކަލް ކަހާލި ހާދިސާ ހިނގީ މަރުހޫމާ ހުރި ހިސާބާއި މާދުރުނ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ވެސް ބަޔާންކުރާއިރު، މިއެކްސިޑެންޓް ހިންގުމަށް މެދުވެރިވުމުގައި ނިޔައުވި ފަރާތުގެ ދައުރެއް އޮތް ކަމުގައި ބެލެވިދާނެކަމުގައި ނުދެކެމެވެ. އެހެންކަމުން، ނިޔާވި ފަރާތް ދުވާރު މަތީގައި ނެތުމަކީ، މައްސަލައިގައި ހާދިސާ ހިނގާފައިވާ ގޮތަށް ބަލާއިރު، ޢަމަލާއި ގެއްލުމުގެ ގުޅުން މެދުކެނޑޭވަރުގެ އެކަށީގެންވާ ސަބަބެއް ކަމުގައި ނުބެލެވެއެވެ.
145މި މައްސަލައިގެ ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކުން، ޢަލީ ޢާލިމްއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އެއްގޮތަކަށް ވެސް ނެތް މީހެއްކަމަށްވެފައި، މީނާގެ މިޢަމަލަކީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު، މަގުމަތީގެ މިބާވަތުގެ ހާދިސާތައް ހިންގުމަށް މެދުވެރިވާނެ އެކަށީގެންވާ ސަބަބެއކް މަށަ ވެފައި، މައްސަލައިގައި ހުށަހެޅުނު ހެކިތަކުންނާއ ލިބިފައިވި ގެއްލުމަށް ބަލާއިރު، މީނާ ދުއްވާފައިވަނީ ބާރު ސްޕީޑުގައި ކަމަށް ބުރަވެވޭތީއާއި، ލިބުނު އަނިޔާތަކާއި ގެއްލުންތަކަށް ރިޢާޔަތްކުރާއިރު، ޢަލީ ޢާލމްގި ފަރާތުން ކޮށްފައިވާ ބުނެވުނު ނުރައްކާތެރި ޢަމަލުތަކަކީ މިހާދިސާގައި މަރުހޫމާގެ ފުރާނަ ދިއުމުގެ 'operating and substantial' ސަބަބު ކަމުގައި ބެލެވެއެވެ. އެހެންކަމުން، ކޯސޭޝަންގެ ރުކުން މިދައުވާގައި ދައުލަތަށް ސާބިތުކޮށްދެވިފައިވާ ކަމުގައި ދެކެމެވެ.
146އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ)ގައި ކުށް ބަޔާންކުރުމުގައި އަދަބުގެ ގޮތުގައި ބަޔާންކުރާ އެއް ކަމަކީ "އުޅަނދު ދުއްވައިގެން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، އިސްލާމީ ކޭސް ނަންބަރު 2015/02690-LC ޝަރީޢަތުން ކަނޑައަޅާ ބަދަލުދިނމެވެ. ސުޕްރީމް ކޯޓުގެ ޢަބްދުﷲ ނަޡީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ފަދައިން އިސްލާމީ ޝަރީޢަތުގައި މީހަކު މެރުމުގެ ކުށް 3 (ތިނެއް) ގިންތި އަކަށް ބެހިގެންވެއެވެ. އެއީ، (1) މީހަކު މަރާލުމުގެ ޤަސްދު އޮވެ، މީހަކު މެރުން (ޤަތުލް ޢަމްދު)؛ އާއި (2) މީހަކު މަރާލުމުގެ ޤަސްދު ނެތް ނަމަވެސް، އެ މީހަކަށް ގަސްދުގައިދޭ އަނިޔާއެއްގެ ސަބަބުން މީހަކު މަރުވުން (ޤަތުލް ޝިބްހުލް ޢަމްދު)؛ އާއި (3) މީހަކު މަރާލުމުގެ އަދި އެ މީހަކަށް އަނިޔާއެއް ދިނުމުގެ ޤަސްދު ނެތި، ކުރާ ކަމެއްގެ ސަބަބުން މީހަކު މަރުވުން (ޤަތްލް ޚަޠާ) އެވެ.
147މިމައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޢަލީ ޢާލިމްގެ ޢަމަލުތަކުގައި މީހަކު މަރާލުމުގެ ޤަސްދެއ އޮތް ކަމުގައް ނުދެކެމެވެ. އަދި، އޭނާގެ މިޢަމަލަކީ އަޒުލީލާ ޢަބްދުﷲ އަށް ޤަސްދުގައި އނަ ޔާއެއި ދިނުމުގެ ގޮތުން ކޮށްފައިވާ ޢަމަލެއް ކަމުގައިވެސް ނުބެލެވެއެވެ. އެހެންނަމަވެސް، ބުނެވުނު ވާޤިޢތަކަށާ ބަލާއިރު، ޢަލީ ޢާލިމްގެ މިޢަމަލުތަކުގެ ސަބަބުން ދިމާވި އެކްސިޑެންޓުގައި އަޒުލީލާ ޢަބްދުﷲ ވަނީ ނިޔައުވެފައެވެ. އެހެންކަމުން، މިއީ ޤަތްލް ޚަޠއުއެއާ ކަމުގައް ބަލަންޖެހެއެވެ.
148އެހެންކަމުން، ދައުލަތުން ސ. މީދޫ، […] ޢަލީ ޢާލިމްގެ މައްޗަށްކުޅަ އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ދަޢުވާ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
(އ)ގައި ބަޔާންކުރި އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ. 2020/SC-A/72 25 މެއި 2025 ދުވަހު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި ސ. ފޭދޫ، […] ޢަލީ ޢާލިމްކަމަށް ކިޔެވިފައިވަނީ ކުށަކުންނެވެ. ރަނގަޅު ގޮތަކީ ސ. މީދޫ، […] ޢަލީ ޢާލިމްއެވެ. އަދަބާ ގުޅޭ އަދަބު ކަނޑައަޅަން ޖެހޭ މާއްދާ
149މައްސަލައިގެ ހާދިސާ ހިނގިފަހުން ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ. ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައި، ކުށެއް ކުރިއިރު އެ ކުށަށް ކަނޑައެޅިފައިވާ އަދަބަށް ވުރެ ބޮޑު އަދަބެއް އެ ކުށް ކުރި މީހަކަށް ދީގެނެއ ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި، ކުށެއްކުރުމާ، އެ ކުށެއް ކުރި މީހާއަށް ޙުކުމްކުރުމާ ދެމެދު، އެ ކުރި ކުށެއްގެ އަދަބަށް ޤާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެ މީހަކަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައިވާ އަދަބު ކަމަށް ބަޔާންކުރެއެވެ.
150މިމައްސަލައިގައި ޢަލީ ޢާލިމްގެ މައްޗަށް ދައުވާ އުފުލިފައިވާ އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ގެ 60 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަދަބަކީ، އިސްލާމީ ޝަރީޢަތުން ކަނޑައަޅާ ބަދަލުގެ މިންވަރާއި އަދި ލައިސަންސް ހިފެހެއްޓުމެވެ.
151މިމައްސަލައާ ގުޅިގެން، 07 ޖުލައި 2024 ގައި ބޭއްވުނު އަޑުއެހުމުގައި، ދައުލަތުން ބަޔާންކޮށްފައިވަނީ، މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުލްއުޤޫބާތު ގެ 111 ވަނަ މާއްދާގެ ދަށުން ނުވަތަ ކުރީގެ ޤާނޫނުލްއުޤޫބާތު ގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން އަދަބު ކަނޑައެޅިދާނެކަމަށެވެ. އެހެންނަމަވެސް، މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުލްއުޤޫބާތުގެ 111ވަނަ މާއްދާއަކީ، ޤަސްދަކާ ނުލައި މީހަކު މެރުމުގެ ކުށްކަމުގައިވާއިރު، މިމާއްދާގެ ދަށުން ޖަލު އަދަބު ކަނޑައެޅުމުގެ ފުރުސަތުއޮތްކަން ފާހަގަކުރެވެއެވެ. އަދި ކުރީގއަ ޢަމަލުކުރެވުނު ޤާނޫނުލްއުޤޫބާތު ގެ 88 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަނީ، "އިސްލާމީ ޤާނޫނު ނަންބަރު 1/66 ޗެޕްޓަރ 3 އބޙ ޝަރީޢަތުން ކަނޑައަޅާ އަދަބު" މިގޮތަށް ކަމުގައިވާއިރު، އިސްލާމީ ޝަރީޢަތުގައި އޮންނަ އެހެނިހެން އަދަބުތައް (މިސާލަކަށް: ޤަސްދު މަރު މައްސަލަތަކުގައި މަރުގެ އަދަބު) ވެސް ހިމެނޭހެން މިމާއްދާގެ ދަށުން ކަނޑައެޅިދާނެ އަދަބުގެ މިންވަރު ފުޅާވެގެންދކަމާއާ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގައި އަދަބުގެ ގޮތުގައި "އިސްލާމީ ޝަރީޢަތުން ކަނޑައަޅާ ބަދަލު" އަށް ޤައިދުކުރެވިފައިވާ ކަމުގައި ދެކެމެވެ. އެހެންކަމުން، ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައިވާ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ދައުވާ އުފުލިފައިވާ 60 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އަދަބު ލުއިކަމުގައި ދެކެއެވެ. އަދި ޝަރީޢަތުން ކުރެވުނު ސުވާލުތަކަކީ ގުޅިގެނާ ދައުލަތުން ވެސް ފަހުން ބަޔާންކޮށްފައިވަނީ، މިމައްސަލައިގައި އަދަބު ކަނޑައަޅަންޖެހޭނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށުންކަމަށެވެ.
152ރިޔާސަތު ފަނޑިޔާރުގެ ރައުޔުގައި ފާހަގަކޮށްފައިވާ ފަދައިން، މިމައްސަލައިގައި ހިމެނޭ ހާދިސާ ހިނގިފަހުން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ބުނެވުނު މާއްދާއަށް ބަދަލުއައިސްފައިވެއެވެ. އެގޮތުން، ހާދިސާ ހިނގިއިރު، 60 ވަނަ މާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ. "ނުރައްކާތެރިކޮށް ނުވަތް ފަރުވާކުޑަކޮށް، އުޅަނދު ދުއްވައިގެން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، އިސްލާމީ ޝަރީޢަތުން ކަނޑައަޅާ ބަދަލުދިނުމުގެ އަދަބުގެ އިތުރަށް، އެއުޅަނދު ދުއްވި މީހާގެ ލައިސަންސް 10 (ދިހަ) އަހަރު ދުވަހުގެ މުއްދަތަށް ހިފެހެއްޓޭނެއެވ".
153އޭގެ ފަހުން، 30 ނޮވެމްބަރު 2015 ގައި ޤާނޫނަށް ގެނައި އިސްލާޙުގެ ދަށުން މިޤާނޫނުގެ 60 ވަނަ މާއްދާގެ (ހ) ވަނީ އިސްލާޙް ކުރެވިފައެވެ. އެމާއްދާގައި ކަނޑައެޅޭ ވަކި އަދަބެއް ނެތެވެ. ނަމަވެސް، އޭގެ ފަހުން، 04 ވަނަ އިސްލާޙުގެ ދަށުން މިމާއްދާއާއ ދާދި އެއްގޮތަށް ޤާނޫނުގެ 63 ވަނަ މާއްދާ ލިޔެވިފައިވެއެވެ. އެމާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ. 25 މެއި 2025 ވަނަ ދުވަހު ގެ މަޙްޟަރު ބަޔާން އަދި ލިޔުމުން ހުށަހެޅި ނަންބަރު A/95/2025/160-196 ސިޓީ ޤާނޫނު ނަންބަރު 36/2015 އިން ގެނެވުނު 3 ވަނަ އިސްލާޙް ގެ 24 ވަނަ މާއްދާ "ނުރައްކާތެރިކޮށް ނުވަތް ފަރުވާކުޑަކޮށް އުޅަނދު ދުއްވައިގެން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، އެ އުޅަނދު، ދުއްވި މީހާގެ މައްޗަށް ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ދަށުން ޖިނާއީ ދަޢުވާ އުފުލުމުގެ އިތުރުން، އޭނާގެ ލައިސަންސް 10 (ދިހައެއް) އަހަރު ދުވަހާއި 25 (ފަންސަވީސް) އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓިދާނެއެވެ."
154އެހެންކަމުން، އަދަބެއްގެ ގޮތުގައި ލައިސަންސް ހިފެހެއްޓޭ މުއްދަތަށް ބަލައި، އެންމެ ލުއި އަދަބެއް ލިބޭނީ މިމައްސަލައިގައި ހާދިސާ ހިނގިއިރު ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށުން އަދަބު ކަނޑައެޅުމުން ކަމުގައި ދެކެމެވެ.
155ސުވާލަކީ، މިމާއްދާގައި އިސްލާމީ "ޝަރީޢަތުގައި ކަނޑައަޅާ ބަދަލަކީ" ކޮބައިތޯ ބުނެވޭ ބަހުގެ މާނައަކީ ކޮބައިތޯއެވެ.
156ޕްރިސިޑެންސް 7ކުރިން ޢަމަލުކުރަމުން ދިޔަ ޤާނޫނުލްއުޤޫބާތު ގެ 88 ވަނަ މާއްދާގެ (ރ) ގައި "އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބު" މިގޮތަށް ބަޔާންކުރެވިފައިވާއިރު، އެމާއްދާގައި އިސްލާމީ ޝަރީޢަތުގައި ހިމެނޭ މަރުގެ ކުށުގެ ބާވަތްތައް ވަކިވަކިން ބަޔާންކޮށްފައި ނުވާތީ އާއި މަރުގެ އެކި ބާވަތްތަކުގެ ކުށަށް ދެވޭނެ އަދަބު އެޤާނޫނުގެ ސަރީޚަ އިބާރާތުން ކަނޑައެޅިފައި ނެތުމުން، އިސްލާމީ ޝަރީޢަތުގައި ބަޔާންކުރާ އަދަބެއް ނުވަތަ "ޝަރީޢަތް ކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު" ގައި އެކުށަކަށ ކަނޑައަޅާފައިވް ތައުޒީރީ އަދަބެއް ކަނޑައަޅަމުން ދިޔަކަމަށް ސުޕްރީމް ކޯޓުގެ މުޙައްމަދު ނަޖާހު ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގެ 48 ވަނަ ޕެރެގްރާފްގައި ފާހަގަކޮށް އެކަން ބަލައިގަނެފައިވެއެވެ. ޤާނޫނު ނަންބަރު 1/66 ޗެޕްޓަރ 3 [2022] SC 18
157ހަމަ އެބީދައިން، މިމައްސަލައިގައި ހިމެނޭ މާއްދާގައި "އިސްލާމީ ޝަރީޢަތުން ކަނޑައަޅާ ބަދަލެއް" މިފަދައިން ބަޔާންކޮށްފައިވުމުން، މިބާވަތުގެ މަރުގެ މައްސަލަތަކުގައި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައި އޮންނަ އުޞޫލުތަކަށް ރިޢާޔަތްކުރަންޖެހެއެވެ.
158މިމައްސަލައިގެ ވާޤިއާތަކަށް ބަލައި، މިމައްސަލައިގައި ހިނގާފައިވާ ގޮތަށް ބަލައި، މިއީ މީހަކު މަރާލުމުގެ އަދި އެ މީހަކަށް އަނިޔާއެއް ދިނުމުގެ ޤަސްދު ނެތި، ކުރާ ކަމެއްގެ ސަބަބުން މީހަކު މަރުވފައިވެ ހާދިސާއަކާ ގުޅޭ ކަމެއް ކަމުން، މިއީ ޤަޠުލް ޚަޠައު އެއްގެ ގޮތުގައި ދެކޭ ސަބަބު ޕެރެގްރާފް 148 ގައި ބަޔާންކޮށްފައި އެވަނީ އެވެ.
159ކީރިތި ޤުރުއާންގެ ނިސާ ސޫރަތުގެ 92 ވަނަ އާޔަތުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. أَهْلِهِۦ إِلَى مُّسَلَمَة وَدِيَةًۭٔ مُّؤْمِنَة رَقَبَة فَتَحْرِيرُ خَطَـًۭٔا مُؤْمِنًا قَتَلَ وَمَن ۚ خَطَـًۭٔا ِّلَ إ مُؤْمِنًا يَقْتُلَ أَن لِمُؤْمِن كَانَ وَمَا " وَبَيْنَهُم بَيْنَكُمْ قَوْمًۭٔ مِن كَانَ وَإِن مُّؤْمِنَة رَقَبَة فَتَحْرِيرُ مُؤْمِنًۭٔ وَهُوَ لَكُمْ عَدُو قَوْم مِن كَانَ فَإِن ۚ يَصَدَقُوا أَن ِّلَ إ وَكَانَ ّللَِ ٱ مِنَ تَوْبَةًًۭٔ مُتَتَابِعَيْنِ شَهْرَيْنِ فَصِيَامُ يَجِدْ لَمْ فَمَن مُّؤْمِنَة رَقَبَة وَتَحْرِيرُ أَهْلِهِۦ إِلَى مُّسَلَمَة فَدِيَةًۭٔ مِيثَـقًۭٔ " حَكِيمًًۭٔا عَلِيمًا ّللَُ ٱ މާނައަކީ؛ " ކުށަކުން، އޮޅިގެންމެނުވީ مؤمن އަކު މެރުމަކީ، مؤمن އަކަށް އޮތްކަމެއްނޫނެވެ. އަދި، ކުށަކުން އޮޅިގެން مؤمن އަކު މަރައިފިމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށްހުރީ، مؤمن އަޅަކު މިނިވަންކުރުމާއި، އެ މަރުވިމީހާގެ أهل ވެރިންނާ حوال ކުރެވޭގޮތުގައި، މަރުގެދިޔަ ދިނުމެވެ. އެއީ، އެއުރެން (މާފުކުރުމަކުން) އެއިން صدقات ކުރިއްޔާ މެނުވީއެވެ. އަދި، މަރުވި މީހާއީ مؤمن އަކުކަމުގައި ވުމާއެކު، ތިޔަބައިމީހުންނާ عداوة ތެރި قوم އެއްގެ މީހަކު ކަމުގައިވާނަމަ ފަހެ، مؤمن އަޅަކު މިނިވަންކުރުން ހުށްޓެވެ. އަދި، އެބަޔަކާ ތިޔަބައިމީހުންނާ ދެމެދުގައި عهد އެއް ކުރެވިފައިވާ ބަޔެއްގެ ތެރެއިންވާ މީހަކުނަމަ، ފަހެ، އެމީހެއްގެ أهل ވެރިންނާ حوال ކުރެވޭގޮތގައު މަރުގެދިޔަ ދިނުމާއި، مؤمن އަޅަކު މިނިވަންކުރުން ހުށްޓެވެ. ފަހެ، (މިނިވަންކުރާނެ އަޅަކު) ނުލިބުނުމީހާ ފަހެ، ވިދިވިދިގެން ދެމަސްދުވަހު ރޯދަހިފުން ހުށްޓެވެ. (އެއީ) ّللاَ ގެ حضرة ން توبة ލިބިގަތުމެއްގެ ގޮތުގައެވެ. މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލަކު ކަމުގައި ّللاَ ވޮޑިގެންވެއެވެ ."
160މިއާޔަތުން، ޤަތުލު ޚަޠައު އެއްގައި، ނިޔައުވި ފަރާތުގެ ޢާޤިލާއަށް، ކުށްކުރި ފަރާތުން އަދާކުރަންޖެހޭ ކަމަށް ބަދަލެއްގެ ގޮތުގައި ކަނޑައެޅިފައިމިވަނީ، މަރުގެ ދިޔަކަން ސާފުކޮށް އެނގެއެވެ. އެހެންކަމުން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ގެ 60 ވަނަ މާއްދާގެ (ހ) ބަޔާންކުރާ "ބަދަލު"ގ މާނައިގެ ތެރޭގައި މިއާޔަތުގައ ބަޔާންކުރި މަރުގެ ދިޔަ ހިމެނޭކަމުގައި ބެލެވެއެވެ.
161ދެން މިމައްސަލައިގައި އުފެދޭ މައިގަނޑު އެއް ސުވާލަކީ، ދައުވާ އުފުލިފައިވާ މާއްދާގައި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ބަދަލު މިފަދައިން ބަޔާންކޮށްފައިވުމުން ދިޔައާއެކު ކައްފާރާ ކަނޑައެޅިދާނެތޯއެވެ. ކީރިތި ޤުރުއާންގެ ނިސާ ސޫރަތުގެ 92 ވަނަ އާޔަތަށް ޙަވލާދާ ދައުލަތުން ފާހަގަކޮށްފައިވާ ފަދައިން، މިއާޔަތުގައި ޤަޠުލު ޙަތައުއ ގުޅިގެނާ ދިޔައަދާކރުމާއެކު އެކީ އަޅަކު މިނިވަންކުރަންޖެހޭކަނ ނުވަތް މިނިވަންކުރާނެ އަޅަކ ނުލިބުނު މީހާ ވިދިވިދިގެން 2 މަސްދުވަހު ރޯދަ ހިފަންވާނީ ކަނެ ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ދިޔައާއި ކައްފާރއަކާ ޝަރުޢީ ގޮތުން ބައިކުރެވޭނެ ކަމެއް ނޫންކަމަށް ދައުލަތުން ފާހަގަކުރާ ކުރުމަށް ތާއިދު ކުރެވެއެވެ. އެހެންކަމުން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށުން "އިސްލާމީ ޝަރީޢަތުން ކަނޑައަޅާފައިވާ ބަދަލު" ގެ މާނައިގެ ގޮތުގައި ދިޔައާއެކުއެކީ ކައްފާރާ ހިމަނަންޖެހޭ ކަމުގައި ދެކެމެވެ.
162މިމައްސަލައިގައި މަރުގެ ދިޔައީ މެދާ މިކޯޓުން ގޮތެއް ނިންމުމަށް ބަލާއިރު، ރިޔާސަތު ފަނޑިޔާރުގެ ރައުޔުގެ 117 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ފަދައިން، އަޒުލީލާ ޢަބްދުﷲ ގެ ވާރިސުން ކަނޑައަޅައި، ވާރިސުންގެ ބަހެއް ދަށު ކޯޓުން ހޯދާފައިނުވާކަން އެނގެއެވެ. މަރުގެ ދިޔައިގެ ގޮތުގައި ފަހުން އެކުލަވާލެވުނު އުސޫލުގެ ދަށުން ދިޔައިގެ މިންވަރު ކަނޑައަޅައިދިނުމަށް ދައުލަތުން މިކޯޓުގައި އެދިފައިވާއިރު، ދިޔައީ މެދާ ގޮތެއު ކަނޑައެޅޭނީ ވާރިސުންގެ ބަހަށް ބިނާކޮށް ކަމުގައިވާތީ، މިމަރުހަލާގައި ދިޔައިގެ މިންވަރާމެދު ގޮތެއް ކަނޑައެޅުން އެންމެ ރަނގަޅު ކަމުގައި ނުދެކެމެވެ. އެހެންކަމުން، ވާރިސުންގެ ބަސް ހޯދުމަށްފަހު، މަރުގެ ދިޔައާމެދު ގޮތް ކަނޑައެޅުމަށް މި މައްސަލަ ދަށުކޯޓަށް ތަޙުވީލުކުރަންޖެހޭކަމަށް ލައިސަންސް ހިފެހެއްޓުން
163ލައިސަންސް ހިފެހެއްޓުމާ މެދު ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔުގެ 114،115 ގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ތާއީދުކުރަމެވެ.
164އިސްވެ ބުނެވުނު ކަންތައްތައްކަށް ރިޢާޔަތްކޮށް،
1.164. ކްރިމިނަލް ކޯޓުގެ ނަންބަރު 109/Cr-C/2016 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށް،
2.164. ދައުލަތުން، ސ. މީދޫ، […] ޢަލީ ޢާލިމްގެ މައްޗަށް އެއްގަމުދަތުރުފަތުރު ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮށްފައިވާ އެއްގަމުގައި ދުއްވާއެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެކުށުގެ ދަޢުވާ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބަޔާންކުރާ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައަޅައި،
3.164. މިކުށުގެ އަދަބެއްގެ ގޮތުގައި، މި ޙުކުމްކުރާ ތާރީޚުން ފެށިގެން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް،ޢަލީ ޢާލިމްއަށ ޤާނޫން ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު)ގެ ދަށުން އެއްވެސް ލައިސަންސްއެއ ދައުލަތުން ނުދެވޭނެކަމަށް ކަނޑައަޅައި،
4.164. އިސްލާމީ ޝަރީޢަތުން ކަނޑައެޅިފައިވާ ބަދަލުގެ ގޮތުގައި ހިމެނޭ ކައްފާރާއަށް، ވިދިވިދިގެން ހަނދުމަހުގެ 2 (ދޭއް) މަހު ރޯދަހިފުމަށް އަމުރުކޮށް؛
5.164. އިސްލާމީ ޝަރީޢަތުން ކަނޑައެޅިފައިވާ ބަދަލުގެ ގޮތުގައި ހިމެނޭ މަރުގެ ދިޔއަ މެދާ ގޮތެއް ކަނޑައެޅޭނީ، ވާރިސުންގެ ބަހަށް ބިނާކޮށް ކަމުގައިވާތީ، އެ ފަރާތްތަކުގެ ބަސް ހޯދުމަށްފަހު، މަރުގެ ދިޔައާމެދު ގޮތއެ ކަނޑައެޅުމަށް މި މައްސަލަ ކްރިމިނަލް ކޯޓަށް ތަޙުވީލުކުރަންޖެހޭކަމަށް
165އަދަބު ކަނޑައެޅުމާ ގުޅޭގޮތުން މަތީގައި ބަޔާންވެދިޔަ ރައުޔަށް ފަނޑިޔާރު ޙަސަން ޝަފީޢު ތާއީދު ކުރައްވާފައިވެއެވެ.
166މި މައްސަލައިގައި ކުށް ސާބިތުވުމާ ގުޅޭގޮތުން ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދު ކުރަމެވެ. އަދި އަދަބާ ގުޅޭގޮތުން މި މައްސަލައިގައި ފަނޑިޔާރު ފާޠިމަތު ފަރްޙީޒާގެ ރައުޔަށް ތާއީދުކުރަމެވެ.
167ދެންފަހެ، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބެލިއިރު، ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން،
1.167. ކްރިމިނަލް ކޯޓުގެ ނަންބަރު 109/Cr-C/2016 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް މި ޤަޟިއްޔާބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް، އަދި
2.167. ދައުލަތުން، ސ. މީދޫ، […] ޢަލީ ޢާލިމްގެ މައްޗަށްކުޅަ، އެއްގަމުގައި ދުއްވާއެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެކުށުގެ ދަޢުވާ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބަޔާންކުރާ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށް، މި ޤަޟިއްޔާބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި؛ އަދި
3.167. ޢަލީ ޢާ ލިމ ނުރައްކާތެރިކޮށް އެއްގަމު އުޅަނދެއް ދުއްވުމުގެތެރޭގައި ހިނގިހާދިސާގައި، އަޒުލީލާ ޢަބްދުﷲއަށް ލިބުން އަނިޔާތަކުގެ ސަބަބުން އަޒުލީލާ ޢަބްދުﷲ ނިޔައުވެފައިވާތީ، އަޒުލީލާ ޢަބްދުﷲ ގެ މަރަކީ ޢަލީ ޢާލިމް ޒިއްމާވާންޖެހޭ ޤަޠުލު ޚަޠައުއެއްކަމަށް، މި ޤަޟިއްޔާބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި؛ އަދި
4.167. ޢަލީ ޢާލިމްގެ މައްޗަށް ސާބިތުވާ ޤަޠުލު ޚަޠައުގެ ކައްފާރާއަށް، ވިދިވިދިގެން ހަނދުމަހުގެ 2 (ދޭއް) މަހު ރޯދަހިފުމަށް، މި ޤަޟިއްޔާބެލި ފަނޑިޔާރުންގެ އިއްތިފާޤުން އަމުރުކޮށް؛ އަދި
5.167. މި ޙުކުމްކުރާ ތާރީޚުން ފެށިގެން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް، ޢަލީ ޢާލިމްއަށް ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު)ގެ ދަށުން އެއްވެސް ލައިސަންސްއެއ ދައުލަތުން ނުދެވޭނެކަމަށް، މި ޤަޟިއްޔާބެލި ފަނޑިޔާރުންގެ ޢިއްތިފާޤުން ކަނޑައަޅައި؛ އަދި 2020lHC-Al2s7 70 o cx, 2L /zz cr. atc / 2X cr2. ? , cu / o ,. . /.o 1.F al.tc 5 .r2r/F5r2 72./ r'tSJ95 sll- t.rJtr,2..vy 7l 4l? zlLn .167.6 // aa2722a ,/ o. z?o z C 2a o/aa c .-pgrt? . r. ox.. o// c o 2 ? 4c. ? 'zS.r2rl.z*e 3t.?.Pry .' s 2 t, lrryo //o 3.2P/2 2t.r 2./t al/ aaal c'o 2 aa / c?o . ol/4COaa/ a o ax , c.., c r. j.?J./r 2or,"e j 2 22u..tf72., L?rl ,rf s l2rr.rr./l _Jr2 rL.ry ,aa / , aa. / o 2a o a 2, J" t1 lata t.rv nn7ao2)tt /a oz? ol o .. o. .?2t.,oa 2 aa a o- o c a C a/ / c220 .167.7 /et/ 272J.Y ,Prr2 2 t/r..? s -r.r.r.p ,t 22,rr 2 /a / o2.. o co2./ , ce? z Ca.aO/. a a., O/ ,ii.?i)r:i ,SJJ..r4 t./.r.2r 2ry -t e r..r./ se.rJ./tl 2erP.r2 2 a/a aaa cc o- o r 2 o . c 2- (.rtr,aa/ a 't2J.7t' 2r..a./.?2SJPS2/a LSY .ri or, -a Ao a 2Y4 rr2oara ,rrrPg2 O e4J? o. ." 2t2J .//r.z,ry,22 a 24,. €7-l ,r.rr,2?J. or._O, i/..G-. ,,,:/6) /P/. ,r.rr.zry . ? aa 2 r. a. \ \e-r,:) s_i\ a\$ ::,: jr, ," \ -z SJloqI I i-y) tJJl)Vly irj cgatz22 t22 t-rs/ C/e, teva, tCal/ta
- ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު)ގެ 1، 32، 33 ވަނަ މާއްދާގެ (ހ)، 60 ވަނަ މާއްދާގެ (ހ)، 63 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 36/2015 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު)
- ޤާނޫނު ނަންބަރު 10/2020 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް 4 ވަނަ އިޞްލާޙު)ގެ 41 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 10 ވަނަ މާއްދާގެ (ނ) އަދި 111 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 1/66 (ކުރީގެ ޤާނޫނުލްޢުޤޫބާތު) ޗެޕްޓަރ 3ގެ 88 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ށ)، 6 ވަނަ މާއްދާ، 12 ވަނަ މާއްދާގެ (ރ)، 17 ވަނަ މާއްދާ، 19 ވަނަ މާއްދާގެ (ށ)
- ޤާނޫނުއަސާސީގެ 19، 20، 51 ވަނަ މާއްދާގެ (އ)، 59، 61 ވަނަ މާއްދާގެ (ށ)، 142، 143 ވަނަ މާއްދާގެ (ރ)، 223 ވަނަ މާއްދާގެ (ފ)
- ގަވާއިދު ނަންބަރު 2009/4 (އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދު)ގެ 4 ވަނަ މާއްދާގެ (ށ)
- ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު 6ގެ 76 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ އުޞޫލު ނަންބަރު 02/2021 (ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު)ގެ 44 ވަނަ މާއްދާގެ (ނ)
- ކީރިތި ޤުރުއާނުގެ ނިސާ ސޫރަތުގެ 92 ވަނަ އާޔަތް
- ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން)
- ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/19 (ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/72 (ޢަބްދުﷲ ނަޡީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100
- ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/04 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އއމ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/86 (އއރ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/24 (ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/50 (މަފްތޫޙު ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
- [2022] SC 18 (މުޙައްމަދު ނަޖާޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
- ހައިކޯޓުގެ ނަންބަރު 2019/HC-A/275 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ޝަހީމް)
- ހައިކޯޓުގެ ނަންބަރު 2013/HC-A/285
- ހައިކޯޓުގެ ނަންބަރު 2014/HC-A/26
- ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/18
- ހައިކޯޓުގެ ނަންބަރު 2017/HC-A/178
- ހައިކޯޓުގެ ނަންބަރު 2014/HC-A/74
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މަރްޔަމް ޝަހުމާ، ޝާމާ ނަޞީރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ބެންޗު
- ފަނޑިޔާރު ދީބާނާޒް ފަހުމީ، ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: ފަނޑިޔާރު ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ފަނޑިޔާރު ފާޠިމަތު ފަރްހީޒާ