ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-JC/1
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަދުޙަމް މުޙައްމަދު، 2024/HC-JC/1
Prosecutor General v. Adhuham Mohamed 2024/HC-JC/1 (2024/HC-JC/1, High Court of the Maldives, 30 June 2026)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަދުޙަމް މުޙައްމަދު
މައިގަނޑު ސުވާލު
ޤާނޫނު ނަންބަރު 17/2010 ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށް ސާބިތުކޮށް، (ނ) ގެ ދަށުން ކުރި މަރުގެ (ޤިޞާޞް) ޙުކުމަކީ، ހެކި ވަޒަންކުރުމާއި، ތުހުމަތުކުރެވޭ ފަރާތުގެ ޙައްޤުތަކާއި، ޤިޞާޞް މަނާކުރާ ސަބަބުތަކާއި، ވާރިސުންގެ ބަސް ނެގުމުގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 1204 (ރ) ގެ ދަށުން ނިހާއީ ޙުކުމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ޤާއިމް (މަރުގެ ޙުކުމް ތަންފީޒުކުރުމަށް ހުރަހެއްނެތް)
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ރ) ގެ ދަށުން މަރުގެ ޙުކުމަކީ އަމިއްލަ ޒާތުގައި އިސްތިއުނާފުކުރެވޭ ޙުކުމެއް ކަމުން، ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅަންވާނެއެވެ؛ މި މައްސަލަ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ހުށަހަޅާ އިސްތިއުނާފަކަށް ނުވާތީ، ބަލާ އުޞޫލު ތަފާތެވެ؛ ހައިކޯޓުން ޙުކުމުގެ ހުރިހާ ޤާނޫނީ ނުކުތާއާއި ވާޤިޢާތައް އަލުން ބަލަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4، 63، 69؛ <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/prosecutor_general_s_office_v_aminath_ahmed_2020_SC_JC_04/"><bdi class="salj-latin" dir="ltr">2020/SC-JC/04</bdi></a>)
- ޤާނޫނު ނަންބަރު 17/2010 ގެ 5 ވަނަ މާއްދާގެ (ހ) ގެ ކުށް ފުރިހަމަވާނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޙައްޤަކާނުލައި މީހަކު މަރާލުމުންނެވެ؛ ޤަތުލް ޢަމްދުގެ ރުކުންތަކަކީ މަރާލެވުނު މީހާ ދިރިހުރި، ލެއިގެ ރައްކާތެރިކަން ލިބިގެންވާ މީހަކަށްވުން، މަރުވީ މުއްތަހަމުގެ ޢަމަލުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވުން، އަދި މެރުމުގެ ނިޔަތް މުއްތަހަމުގެ ކިބައިގައި އޮތުމެވެ؛ 1204 (ހ) ގެ ދަށުން ދައުލަތުން ހުރިހާ ރުކުނަކާއި ނިޔަތް ޢަމަލީގޮތުން ޔަޤީންކުރެވޭ މިންވަރަށް ސާބިތުކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 65-69)
- މެރުމުގެ ނިޔަތް ބަލާނީ ބޭނުންކުރި ހަތިޔާރާއި ޙަމަލާދިން ގުނަވަނާއި ވަށައިގެންވާ ޙާލަތުތަކުންނެވެ؛ ދުރާލައި ތޫނު ވަޅިއެއް ހޯދައި ތައްޔާރުވުން، ކަރަށް ޙަމަލާދިނުން، ޒަޚަމުގެ ފުންމިން، އެހީ ނުދީ ފިލުން، އަދި ހަތިޔާރާއި ހެދުން ފޮރުވުމަކީ ޤަޞްދާއި ނިޔަތް ދޭހަކޮށްދޭ ކަންކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 88-95)
- ޚާއްޞަ ޤާނޫނުގައި މަސްތުވުމާބެހޭ އުޞޫލެއް ނެތްނަމަ ޤާނޫނުލްޢުޤޫބާތުގެ 31 ވަނަ މާއްދާގެ (ށ) ހިނގާނެއެވެ؛ އަމިއްލަ އިޚްތިޔާރުގައި މަސްތުވެފައިވުމުން ނިޔަތް ނަފީނުވެއެވެ؛ އެ މާއްދާ ހިނގާނީ ޢަމަލުގެ ނަތީޖާ ވިސްނައިގަތުމަށް ނުކުޅެދޭ މިންވަރަށް މަސްތުވެފައިވާ ޙާލަތުގައި ކަމުން، ރޭވުންތެރިކަމާއި ހޭވެރިކަން ފާޅުވާ ޢަމަލުތަކެއްގައި ދިފާޢަކަށް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 96-98)
- ދަށުކޯޓުގައި ވަކީލަކު ހުރެ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 އަދި 119 ވަނަ މާއްދާގެ ދަށުން ހެކިތަކާމެދު ޝަރީޢަތުގެ ކުރީގެ ހުށަހެޅުމެއް ހުށަނާޅާނަމަ، ހެކި ބަލައިގަތުމާމެދު އިސްތިއުނާފީ މަރުޙަލާގައި ބަހުސްކުރުމުގެ ދޮރު ބަންދުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 74، 81)
- ޤާނޫނުއަސާސީގެ 48، 51 އަދި 53 ވަނަ މާއްދާގެ ޙައްޤުތައް (ދަޢުވާ އޮޅުންފިލުވުން، ވަކީލުގެ ފުރުޞަތު، ދިފާޢަށް ވަގުތާއި ވަސީލަތް) ލިބިދީފައިވާކަން ސާބިތުވާއިރު، އަސާސެއްނެތި ދައުލަތުގެ އިދާރާތަކަށް ތުހުމަތުކުރުމަކީ ޙުކުމް ބަދަލުކުރެވޭނެ ސަބަބެއް ނޫނެވެ؛ ޙާލަތަށް ބަލައި އިޢުތިރާފުން ރުޖޫޢަވުމުން ދަޢުވާއަށް އިންކާރުކުރި ކަމަށް ބަލައިގެން ޝަރީޢަތް ކުރިއަށް ގެންދިޔުމަކީ ރަނގަޅު އިޖުރާއަތެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 75-80)
- ވާރިސުންގެ ބަސް ހޯދަންޖެހެނީ މަރުގެ އަދަބު ކަނޑައަޅާ މަރުޙަލާގައެވެ؛ ނިހާއީކަން ކަށަވަރުކުރާ އިސްތިއުނާފީ މަރުޙަލާގައި ވާރިސުން ޙާޟިރުކޮށް މަޢާފުކުރަންތޯ އަލުން ސުވާލުކުރަން ނުޖެހެއެވެ؛ މަޢާފަކީ ވާރިސުންގެ މައްޗަށް ވާޖިބު ކަމެއް ނޫން ކަމުން، އަމިއްލަ އިސްނެގުމެއްނެތި އަލުން ސުވާލުކުރުމަކީ ވާރިސުންނަށް ދެވޭ އިތުރު އަނިޔާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 103-104)
- ޤިޞާޞް މަނާވެ ތަޢުޒީރީ އަދަބަށް ބަދަލުވާ ޙާލަތްތަކަކީ ބައްޕައަކު ދަރިއަކު މެރުން، ޤާތިލާއި މަރާލެވުނު މީހާގެ މެދުގައި ދީނުގެ ތަފާތު އޮތުން، އަހުލިއްޔަތު ނެތުން ނުވަތަ ބުއްދި ފިލުން، އަދި ވާރިސުގެ މަޢާފު ލިބުމެވެ؛ މިއިން ޙާލަތެއް ނެތްނަމަ ޤިޞާޞް ތަންފީޒުކުރުމަށް ހުރަހެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 107-109)
1ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-JC/1 ޤަޟިއްޔާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާ ގައި، ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ހ)ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުން، އަދުޙަމް މުޙައްމަދު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2010/17 ގެ 5 ވަނަ މާއްދާގެ (ނ)ގެ ދަށުން، އަދުޙަމް މުޙައްމަދު މެރުމަށް ކުރެއްވި ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރު ކޮށްދިނުމަށްއެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް"ކަމަށް ބުނެފައިވާ) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ޅ. ހިންނަވަރު، […] އަދުޙަމް މުޙައްމަދު (މީގެފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "އަދުޙަމް މުޙައްމަދު"ކަމަށް ބުނެފައިވާ )އެވެ.
2ދައުލަތުގެ ފަރާތުން، އަދުޙަމް މުޙައްމަދު، 04 ޑިސެމްބަރ 2019 ދުވަހު 21:06 އެހައިކަށްހައިއިރު، ރަޖިސްޓަރީ ނަންބަރު AB1A/T8765 ޓެކްސީގައި ހުޅުލެއިން ހުޅުމާލެއަށގޮސް، އެފް.ޑަބްލއި މީގެފަހުން "ޤާނޫނު ނަންބަރު 2010/17"ކަމަށް ބުނެފައިވާ. ދިވެހި ރައްޔިތެއްކަން އަންގައިދޭ. ކޮންސްޓްރަކްޝަން ހިމެނޭ ސަރަޙައްދުން، ރީތިގަސްމަގާއި ކުރިކީލަމަގު ގުޅނު ކަންމަތިނ ޓެކްސް ލަނބާލި ވަގުތު، މީނާ ޓެކްސީގެ ޑު ރައިވަރު ސީޓުގެ ފަހަތުސީޓުގައި އިނދެފައި، މީނާގެ އަތުގައިއޮތް، ތިލައިގެ ދިގުމިނުގައި ގާތްގަނޑަކަށް 6 (ހައެއް) އިންޗިހުރި ވަޅިއަކުން އެވަގުތު ޓެކްސީ ދުއްވަންއިން، ދަފްތަރު ނަންބަރު ރސ. 1596، މާލެ، ޤާސިމް ޙަސަންގެ ކަރަށް ޤަޞްދުގައި ޙަމަލާދިނުމުގެ ސަބަބުން ޤާސިމް ޙަސަން ނޔައުވި ފައިވާތީ، ޤާނޫނު ނަންބަރު 17/2010 ގެ 5 ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ، އެ މާއްދާގެ
(ނ)ގެ ދަށުން، އަދުޙަމް މުޙައްމަދުގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ.
3ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގައި، އަދުޙަމް މުޙައްމަދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 17/2010 ގެ 5 ވަނަ މާއްދާގެ (ނ)ގެ ދަށުން، އެކުށުގެ އަދަބަކީ މަރުގެއަދަބު ކަމުގައިވާތީއާއި، އަލްމަރްޙޫމް ޤާސިމް ޙަސަންގެ ހުރިހާ ވާރިސުންގެ ބަހަކީ މަރަށްމަރު ހިފުމުގެ އަދަބު އަދުޙަމް މުޙައްމަދުގެ މައްޗަށް ކަނޑައެޅުން ކަމުގައިވާތީ، އަދުޙަމް މުޙައްމަދު މެރުމަށް ޙުކުމް ކުރައްވައި، އެ މައްސަލަ ނިންމަވާފައިވެއެވެ.
4ޕްރިސިޑެންސް 1ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-JC/1 ޤަޟިއްޔާގައި، ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގެ ނިންމުމަކީ ނިހާއީ ޙުކުމެއްކަމާމެދު ގޮތްނިންމުމަށް ދައުލަތުން ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 1204 ވަނަ މާއްދާގެ
(ރ)ގައި، ކުށުގެ އަދަބެއްގެގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ޙުކުމް ކޮށްފިނަމަ، އެޙުކުމްގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަންހިނގާފައިވާގޮތް ދިވެހިރާއްޖޭގެ މަތީމަރުޙަލާގެ ކޯޓުތަކުން އަލުން ބަލަންވާނެކަމަށް ކަނޑައަޅާފައި އޮތުމުގެ މައްޗަށާއި، އެފަދަ ޙުކުމްތަކަކީ އަމިއްލަ ޒާތުގައި އިސްތިއުނާފު މީގެފަހުން "ޤާނޫނުލްޢުޤޫބާތު"ކަމަށް ބުނެފައިވާ. ކުރެވިގެންވާ ޙުކުމްކަމަށް، އެ މާއްދާގެ އަރިމަތީ ސުރުޚީގައި ބަޔާންކޮށްފައި އޮތުމުގެ މައްޗަށް ބިނާކޮށްކަމަށް ދެކެމެވެ. އެގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓގު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އާމިނަތު އަޙްމަދު (2020/SC-JC/04) ޤަޟިއްޔާގައި، މަރުގެ އަދަބު ކަނޑައެޅޭ ކޮންމެޙުކުމެއް ޝަރީޢަތްކުރާ ކޯޓުން ނިމުމާއެކު، ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ރ)ގައިވާ ގޮތުގެމަތިން، އެފަދަ މައްސަލައެއް އޭގެޒާތުގައި އިސްތިއުނާފުކުރުމަށް މަތީމަރުޙަލާގެ ކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލގް އޮފީހުން ހުށަހަޅަންވާނެކަމަށް ބަޔާންކުރައްވާފައި އޮތުމުގެ މައްޗަށް ރިޢާޔަތްކުރަމެވެ.
5މި މައްސަލައިގެ އިދާރީކަންކަން ފުރިހަމަކުރުމުގެ ތެރޭގައި، މައްސަލައިގެ ޠަބިއްޔަތަށް ރިޢާޔަތްކޮށް، އަދުޙަމް މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޟިރުވާނެ ވަކީލަކު ހަމަޖެއްސުމަށް އެދެނީ އަމިއްލައަށްތޯ ނުވަތަ ދައުލަތުގެ ފަރާތުންތޯއާއި، މައްސަލައިގެ ލިޔުންތައް ޙަވާލުކުރަންވީ އަދުޙަމް މުޙައްމަދުއާތޯ ނުވަތަ ވަކީލުއާތޯ ސާފުކުރުމަށް، 26 މެއި 2024 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުން ސިޓީ ފޮނުވާފައިވެއެވެ.
6ބުނެވިދިޔަ ސިޓީއާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ފޮނުއްވި ޖަވބާއާ ލިޔުންތަކުން، އަދުޙަމ މުޙައްމަދް ވަކީލަކު ޢައްޔަނުކުރަން ބޭނުންވަނީ އަމިއްލަގޮތުންކަމަށް ބުނުމުން، ވަކީލަކު ޢައްޔަނުކުރުމަށް ފޯނުކޯލުގެ ފުރުސަތު އަރުވާފައިވާކަން އެނގޭނެ ލިޔުމެއްގައި، އަދުޙަމް މުޙައްމަދަ ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަމަށް ދައްކައެވެ.
7އަދުޙަމް މުޙައްމަދުގެ ފަރާތުން ބުނެފައިވާ ފަދައިން، އަމިއްލަގޮތުން ވަކީލަކު ޢައްޔަނު ކޮށްފައިނުވެއެވެ. އެހެންނަމަވެސް، މައްސަލައިގެ އަޑުއެހުން ތާވަލުކުރުމަށް އެދިފައިވާތީ، 20 ނޮވެމްބަރ 2024 ދުވަހަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު B7/167/2024/11-95 (26 މެއި 2024) ސިޓީ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ނަންބަރު OM/95/2024/12-167 (20 މެއި 2024) ސިޓީ. މި ޤަޟިއްޔާގެ އަޑުއެހުމެއް ތާވަލު ކޮށްފައިވާކަމާއި، އަދުޙަމ މުޙައްމަދް ޢައްޔަނުކުރާ ވަކީލުގެ މަޢުލޫމާތު 27 އޮކްޓބޯ ރ 2024 ދުވަހުގެ 10:00ގެ ކުރިން ޙިއްޞާ ކޮށްދެއްވުމަށް މި ކޯޓުން އަންގާފައިވެއެވެ.
8މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް، 04 ފެބްރުއަރީ 2025 ދުވަހު ބޭއްވިފައިވެއެވެ. އެ އަޑުއެހުމާ ގުޅުންހުރި އަދި އެ އަޑުއެހުމުގައި ހިނގި މައިގަނޑު ކަންކަން ތިރީގައި ބަޔާންކުރަމެވެ.
1.8. އަދުޙަމް މުޙައްމަދުގެ ފަރާތުން ވަކީލަކު ޢައްޔަނުކޮށް، އެ މަޢުލޫމާތު ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޑުއެހުން ފެށުމުގެކުރިން އަންގާފައިނުވެއެވެ.
2.8. މައްސަލައިގެ ލިޔުންތައް ލިބިފައިވޭތޯ އަދުޙަމް މުޙައްމަދުއާ ޝަރީޢަތުން ސުވާލުކުރުމުން، ލިޔުންތައް ލިބިފައިނުވާކަމަށް އަދުޙަމ މުޙައްމަދް ބުނެފައިވެއެވެ.
3.8. މައްސަލައިގެ ލިޔުންތައް ޙަވާލުކޮށްފައިވާކަމަށ، އިދާރް ލިޔުންތަކުން ދައްކާކަމަށް ޝަރީޢަތުން ސާފުކޮށްދިނުމުން، އެއްވެސް ލިޔުމެއް ލިބިފައިނުވާކަމަށް އަދުޙަމް މުޙައްމަދު ޝަރީޢަތުގެ އަޑުއެހުމުގައި ބުނެފައިވެއެވެ.
4.8. މައްސަލައިގައި ވަކީލެއްގެ ފުރުސަތު ލިބުނުތޯ ޝަރީޢަތުން ސުވާލުކުރުމުން، ވަކީލެއްގެ ފުރސުތުވެސ އަދިވެސް ލިބިފައިނުވާކަމަށް އަދުޙަމ މުޙައްމަދް ބުނެފައިވެއެވެ.
5.8. ވަކީލެއްގެ ފުރު ސތު ލިބިފައިނުވާކަމަށް އަދުޙަމ މުޙައްމަދް ވިދާޅުވަނީ ކީއްވެގެންތޯ ޝަރީޢތުނަ ސުވާލުކުރުމުން، ޝަރީޢަތް ފެށިކަން އެނގިފައިނުވާތކަމަށީ ޖަވާބުދީފައިވެއެވެ.
6.8. މައްސަލައިގެ ލިޔުންތައް ދައްކާގޮތުން، ވަކީލަކު ބޭނުންނަމަ ވަކީލެއްގެ ފުރު ސތު އޮތްކަމާއި، އަމިއްލައަށް ވަކީލަކު ޢައްޔަނުކުރަން ފޯނުކޯލުވެސް ލިބުނުކަމަށް އިދާރީ ލިޔުންތަކުން ދައްކާކަމާއި، ވަކީލަކު އަމިއްލައަށް ޢައްޔަނު ކުރައްވާފައިނުވަނީ ކީއްވެތޯ ޝަރީޢަތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު B7/INDIV/2024/357-95 (16 އޮކްޓޯބަރ 2024) ސިޓީ. ދިވެހިރާއްޖޭގެ ހައިކޯޓުގެ 04 ފެބްރުއަރީ 2025 ދުވަހުގެ ޝަރީ ޢަތުގެ މަޙުޟަރު ބަޔާން . ސުވާލުކުރުމުން، އެއްވެސް ލިޔެކިޔުމެއް އަދުޙަމް މުޙައްމަދުއާ ހަމައަށް ނާންނަކަމަށާއި، އެއްވެސްކަމެއް އަދުޙަމ މުޙައްމަދުއަށް އެނގިފައިނުވާކަމަށާއި، ވަކީލަކު ޢައްޔަނުކުރުމަށް ފޯނުކޯލު ދީފައިނެތްކަމަށ މީން ބުނެފައިވެއެވެ.
7.8. މައްސަލަ ކުރިއަށް ގެންދަންއެދެނީ ވަކީލަކާއެކުތޯ ނުވަތަ ވަކީލަކާ ނުލައިތޯ ޝަރީޢަތުން ސުވާލުކުރުމުން، ކުރިއަށްދާން އެދެނީ ވަކީލަކާއެކުކަމަށް އަދުޙަމ މުޙައްމަދް ބުނެފައިވެއެވެ.
8.8. އަމިއްލައަށް ވަކީލަކު ހަމަޖައްސަން ބޭނުންވާކަމަށް ބުނެފައިވާއިރު، މިހައިދުވަސްވީއިރު ވަކީލަކު ޢައްޔަނު ކޮށްފައިނުވަނީ ކީއްވެތޯ ޝަރީޢަތުން ސުވާލުކުރުމުން، ވަކީލަކު ޢައްޔަނުކުރަން ފުރުސަތު ލިބިފައިނުވާތީކަމަށް އަދުޙަމ މުޙައްމަދް ބުނެފައިވެއެވެ. އަދި ޝަރީޢަތުން އިތުރަށް ސުވާލުކުރުމުން، އަމިއްލަގޮތުން ވަކީލަކު ހަމަޖައްސަން ބޭނުންނުވާކަމަށާއި، ދައުލަތުން ޢައްޔަނުކޮށްދޭނަމަ ދައުލަތުގެ ވަކީލަކު ބޭނުންކަމަށް މީނާ ބުނެފައިވެއެވެ.
9.8. އަދުޙަމ މުޙައްމަދުއަށް ލިޔުންތައް ޙަވާލުކުރެވުނުކަމާއި، ވަކީލެއް ޢައްޔަނުކުރުމަށް ފޯނުކޯލުގެ ފުރުސަތު ދީފައިވާކަމުގެ ލިޔުންތައް ޝަރީޢަތުގެ މަޖިލީހުގައި މީނާއަށް ދައްކައި، ލިޔުންތަކާމެދު ދެކޭގޮތެއ ޝަރީޢަތުން ސާފުކުރުމުން، އެ ލިޔުމުގައިވަނީ މީނާގެސޮއި ނޫންކަމަށް ބުނެފައިވެއެވެ. އަދުޙަމ މުޙައްމަދުއަށް ޝަރީޢަތުގައި ދެއްކި ލިޔުންތަކުގައިވާ ސޮއިއާއި އިނގިލީގެ ނިޝާނަކީ މީނާގެ ސޮއިއާއި އިނގިލީގެ ނިޝާންތޯ ސުވާލުކުރުމުން، އެހެންމީހެއްގ އިނގިލީގެ ނިޝާންކަން ނޭނގޭކަމަށާއި ސޮއިއަކީ މީނާގެ ސޮއިނޫންކަމަށް އަދުޙަމ މުޙައްމަދް ޖަވާބު ދީފައިވެއެވެ.
10.8. އިދާރީކަންކަން ބުނެވިދިޔަ ގޮތުގެމަތިން ހުރިނަމަވެސް، މައްސަލައިގެ އަޑުއެހުން ވަކީލަކުނެތަސް ކުރިއަށް ގެންދިޔުމަށް އަދުޙަމ މުޙައްމަދް ވިދާޅުވުމުން، މައްސަލައަކީ މީނާގެ މައްޗަށްކުޅަ ދަޢުވާއާ ގުޅިގެން ކޮށްފައިވާ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރު ކުރުމުގެ މައްސަލައެއްކަން ޝަރީޢަތުން މީނއަށާ ސާފުކޮށްދީފައިވެއެވެ. އަދި ވަކީލެއްގެ ފުރުސަތު ލިބިފައިވާކަމާއި، ދައުލަތުގެ ވަކީލަކުވެސް ހަމަޖެއްސުމުގެ ފުރުސަތު އަދިވެސް އޮތްކަމާއި، މައްސަލައިގެ އަޑުއެހުން ވެބްސައިޓުން ފެންނަން ހުންނާނެކަން އަދުޙަމ މުޙައްމަދުއަށް ޝަރީޢަތުން ސާފުކޮށްދެވިފައިވެއެވެ.
11.8. އެއަށްފަހު، މައްސަލައިގައި ދައުލަތުގެ އިސްތިއުނާފު ފޯމުގައިވާ ކަންކަން ތަފުސީލުކޮށް ހުށަހެޅުމަށް އަންގާފައިވެއެވެ. އަޑުއެހުމުގެ ވަގުތު ހަމަވިއިރު، ދައުލަތުގެ އިސްތިއުނާފު ނުކުތާތަކާއި ނުކުތާތަކުގެ ތަފސުލުތައް އެއްކޮށް ހުށަހެޅިފައިނުވާތީ، ދެންއޮންނަ އަޑުއެހުމެއްގައި އިސްތިއުނާފު ފޯމުގެ 1.16 ވަނަ ނުކުތާއިން ކުރިއަށް ގެންދަންޖެހޭކަން ޝަރީޢަތުގެ މަޖިލީހުގައި އިޢުލާނުކޮށފައިވެއެވެ.
12.8. މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމުގައި އަދުޙަމ މުޙައްމަދުއަށް ލިޔުންތައް ނުލިބޭކަމާއި، ވަކީލެއްގެ ފުރުސަތު ދެވުނުކަމުގެ ލިޔުމުގައި ސޮއިކޮށްފައިވަނީ މީނާ ނޫންކަމަށް ބުނެފައިވާތީ، އެއީ ބޮޑުތުހުމަތެއްކަމަށާއި، އެހެންކަމުން އެކަންކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފހީ ނ ބައްލަވައި، އަދުޙަމް މުޙައްމަދުއާ ލިޔުންތައް ޙަވާލުކުރެވުނުކަން ކަށަވަރުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައިހުރި ލިޔުންތަކުގައިވަނީ އަދުޙަމް މުޙައްމަދުގެ ސޮއިއާއި އިނގިލީގެ ނިޝާންނޫންކަމަށ މީން ދައްކާވާހަކަތައ ދައުލަތުން އިތުރަށްބަލައި، އަދުޙަމް މުޙައްމަދގު ފަރާތުން ދައުލަތުގެ ވަކީލަކު ބޭނުންނަމަ ވަކީލަކު ހަމަޖައްސަވައި މިކަންކަން އަވަސްކުރުމަށއި، ބުނެވިދިޔަކަންކަން އިންތިޒާމުވުމުން އެކަންކަމުގެ ޖަވާބު ލިޔުމުން ކޯޓަށް ފޮނުވުމަށާއި، ދެންބޭއްވޭ ޝަރީޢަތުގެ މަޖިލީހެއްގައި ލިޔުންތަކާމެދު ކަންހިނގިގޮތް ދައުލަތުން ސާފުކޮށްދިނުމަށް ޝަރީޢަތުން އަންގާފައިވެއެވެ.
9މި މައްސަލައާ ގުޅިގެން ދައުލަތުން ސާފުކުރަންޖެހޭ ކަންކަމުގެ ބޭނުމަށް، މި ކޯޓުގައިހުރި ލިޔުންތަކުގެ ކޮޕީއެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ. އެ ސިޓީގެ ޖަވާބުގައިވާ މައިގަނޑު ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.9. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތު ން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ދިވެހި ފުލުހުންގެ ޚިދުމަތގު ފަރާތާ ން މަޢުލޫމާތު ސާފުކޮށްފައިވެއެވެ.
2.9. އަދުޙަމް މުޙައްމަދުގެ ވަކީލު ޢައްޔަނުކުރުމާގުޅޭ ލިޔުންތަކުގައިވަނީ މީނާގެ ސޮއިނޫންކަމަށް ބުނެފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުން ފޮނުވި ލިޔުންތަކުގައިވާ ސޮއިއާއި އިނގިލީގެ ނިޝާނާ ގުޅޭގޮތުން ކަމުގެޙަޤީޤަތް ހޯދުމަށް ފުލުހުންގެ ފަރާތުން އެދުމުން، އެލިޔުންތަކަކީ ޕްރިންޓު ކުރުމަށްފަހު ކޮށްފައިވާ ސޮއިއާއި ޖަހާފައިވާ ފިންގަރޕްރިންޓު ތަކެއްކަމަށް ފެންނަކަމަށާއި، އެ ލިޔުންތަކުގައިވާ ފިންގަރޕްރިންޓާއި އަދުޙަމް މުޙައްމަދުގެ ފިންގަރޕްރިންޓުއާ ދިމާވާކަމަށް "ފިންގަރޕްރިންޓު އައިޑެންޓިފިކޭޝަން ނޯޓިސް"އިނ ދައްކާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވާކަމަށެވެ. އެ ނޯޓިހާގުޅޭ ރަސްމީ ރިޕޯޓެއް ތައްޔާރުކުރުމަށް އިތުރު ވަގުތު ނަގާނެކަމަށް ފުލުހުން ބުނެފައިވާކަމަށާއި، އެ ރިޕޯޓު ދައުލަތަށް ލިބުމުން ފޮނުވާނެކަމަށް ދައުލަތުން ބަޔާންކޮށްފައިވެއެވެ.
3.9. މައްސަލައިގެ ލިޔުންތައް އަދުޙަމް މުޙައްމަދުއާ ޙަވާލުކުރެވިފައިވާގޮތް ކަރެކްޝަންސްއިން އިތުރަށް ސާފުކޮށްފައިވާކަމަށެވެ. މައްސަލައިގެ ލިޔުންތަކުގެ އަސްލު 13 ޖޫން 2024 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު B7/196/2025/3-95 (11 ފެބްރުއަރީ 2025) ސިޓީ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު A/95/2025/99-196 (23 މާރޗް 2025) ސިޓީ. މީގެފަހުން "ކަރެކްޝަންސް"ކަމަށް ބުނެފައިވާ. މީގެފަހުން "ފުލުހުން"ކަމަށް ބުނެފައިވާ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު G(MCI)/196/2025/376-171 (13 މާރޗް 2025) ސިޓީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު. އަދުޙަމް މުޙައްމަދުއާ ޙަވާލުކޮށްފައި ވާކަމަށާއި، ދެވަނަ ފަހަރަށް ލިޔުންތައް ޙަވާލުކުރުމަށް ދައުލަތުން ދެންނެވުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ލިޔުންތައް ހޯދުމަށް އެދިފައިވާކަމަށާއި، އަދުޙަމ މުޙައްމަދް ދައުލަތުގެ ވަކީލަކު ހަމަޖެއްސުމަށް އެދިފައިވާތީ، ކަމާގުޅޭ ފޯމުފުރައި، 18 ފެބްރުއަރީ 2025 ދުވަހު އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.
4.9. އަދުޙަމ މުޙައްމަދުއަށް ދައުލަތުގެ ވަކީލަކު ހަމަޖެއްސުން އަވަސްކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިފައިވާކަމަށެވެ. އަދި ކަންހިނގާފައިވާގޮތުން، އެންމެ ރައްކައުތެރި އަދި އަވަސްގޮތަކީ، މައްސަލައިގެ ލިޔުންތައް އަދުޙަމް މުޙައްމަދުގެ ވަކީލުއާ ޙަވާލުކުރުންކަމަށް ދައުލަތުންދެކޭތީ، އެގޮތުގެމަތިން ޢަމަލުކުރުމަށް ޤަޞްދކުރާކަމަށް ބުނެފައިވެއެވެ.
10މި މައްސަލައިގެ ބެންޗުގައި ކުރިން ތިއްބެވި ފަނޑިޔާރުން ބަދަލުވެފައިވެއެވެ. އަދުޙަމް މުޙައްމަދުއަށް ދައުލަތުގެ ފަރާތުން 29 އޭޕްރިލް 2025 ދުވަހު ފުރަތަމަ ހަމަޖައްސައިދެއްވި ވަކީލުއާ ލިޔުންތައް ޙަވާލުކުރުމަށްފަހު، ބެންޗު އަލުން އެކުލަވާލައި، 2025 ވަނަ އަހަރުގެ ނޮވެމްބަރުމަހު މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރުމަށް މަސައްކަތްކުރިއިރު، މި މައްސަލައިން ތަނާޒުލުވުމަށް ބުނެވިދިޔަ ވަކީލު އެދިފއިވަކަމުގެ މަޢުލޫމާތު މި ކޯޓަށް ލިބިފައިވެއެވެ. އެއަށްފަހު، އަދުޙަމ މުޙައްމަދުއަށް ދެވަނަފަހަރަށް ދައުލަތނު ވަކީލަކު ޢައޔަނު ކުރް އެވުމަށްފަހު، މައްސަލައިގެ އަޑުއެހުމެއް ބޭއްވިފައިވަނީ 24 ފެބްރުއަރީ 2026 ދުވަހުއެވެ.
11މި މައްސަލައިގައި 24 ފެބްރުއަރީ 2026 ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، އަދުޙަމް މުޙައްމަދުއަށް ލިޔުންތައް ލިބިފައިވޭތޯ ސުވާލުކުރުމުން، މީނާގެ ވަކލަށީ ލިޔުންތައް ލިބިފައިވާކަމަށާއި، ލިޔުމުން ޖަވާބު ހުށަހަޅާފައި ނުވާކަމަށް ވަކީލު ވިދާޅުވެފައިވެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ނަންބަރު OM/196/2025/50-167 (15 މާރޗް 2025) ސިޓީގައި ބަޔާންކޮށްފައިވާ މަޢުލޫމާތއާ، އެ ސިޓީއާއެކު ޙިއްޞާކޮށްފައިވާ ލިޔުންތައް.
12އަދުޙަމ މުޙައްމަދުއަށް ލިޔުންތައް ލިބިފައިނުވާކަމަށާއި، ވަކީލެއްގެ ފުރު ސތު ލިބިފައިނުވާކަމަށް ކުރިނަ ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކާ ގުޅޭގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސިޓީގައިވާ މަޢުލޫމާތު ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވެއެވެ. އެގޮތުން، ބުނެވިދިޔަ ސިޓީގައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، އިސްތިއުނާފު ރައްދުވާ ފަރާތަށް އެއިރުވެސް އެ ލިޔުންތައް ޙަވާލު ކުރެވިފައިވާކަމަށް ގަބޫލުކުރެވޭކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުން، ލިޔުންތައްނުލިބޭކަމުގެ ޝަކުވާއެއް ފަހުންވެސް ކޮށްފާނެތީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަކީލއު ލިޔުންތައް ސީދާޙަވާލުކުރުމަށް މަސައްކަތް ކުރެވުނުކމަށެވެ. އަދި ދައުލަތުގެ ފަރާތުން އަދުޙަމ މުޙައްމަދުއަށް ފުރަތަމް ޢައްޔަނުކޮށްދިން ވަކީލުއާއި ދެވަނައަށް ޢައްޔަނުކޮށްދެވުނު ވަކީލުއާ ލިޔުންތައް ޙަވާލުކުރެވުނުކަން ދައުލަތުން ކަށަވަރު ކޮށްފައިވާކަމަށް ބުނެފައިވެއެވެ. އަދި އިސްތިއުނާފު ފޯމުގައިވާ ނުކުތާތަކާއި ތަފސުލުތައ ދައުލަތުން ހުށަހަޅައި ނިންމާފައިވެއެވެ.
13މި މައްސަލައިގައި ދައުލަތުގެ ދަޢުވާ ފޯމުގައިވާ ކަންކަން ހުށަހަޅައި ނިމުމުން، ދައުލަތުގެ އިސްތިއުނާފު ފޯމުގައިވާ ވަކިވަކި މައުޟޫޢުތަކަށް އަދުޙަމް މުޙައްމަދު ދެއްވާޖަވާބު ސާފުވާގޮތަށް ހުށަހަޅައިދިނުމަށް އިރުޝާދު ދިނުމަށްފަހު ޖަވާބު ހުށަހެޅުމަށް ފުރުސތަ އެރުވުމުން، އަދުޙަމ މުޙައްމަދް ދަޢުވާއަށް އިޢުތިރާފުވާކަމަށް ބުނުމަށް މީނާގެ ވަކީލުގެ ކިބައިން އެދިފައިވާކަމަށާއި، އެއަށްފަހު އަދުޙަމް މުޙައްމަދު ވާހަކަދެއްކުމުގެ ފުރސުތ ދިނުމަށު އެދިފައިވާކަމަށް ވަކީލު ވިދާޅުވެފައިވެއެވެ.
14ޝަރީޢަތުގެ މަޖިލީހުގައި އަދުޙަމް މުޙައްމަދު ދައްކާވާހަކައިގ ޤާނޫނެ ނަތީޖާ މީނާއަށް ސާފުކޮށްދެވިފައިވޭތޯ ޝަރީޢަތުން ސުވާލުކުރުމުން، ސާފުކޮށްދެވިފައި ވާކަމަށާއި، އަދުޙަމް މުޙައްމަދުގެ ފަރާތުން ވަކީލުގެ ކިބައިން އެދިފައިވަނީ "އިޢުތިރާފުވާކަމަށ" އެ މިންވަރަށް ޖަވާބުދިނުމަށްކަމަށް، ވަކީލު ޖަވާބު ދެއްވާފައިވެއެވެ.
15މި މައްސަލައަކީ އެކިފަހަރުމަތިން އަދުޙަމ މުޙައްމަދް އިޢުތިރާފުވެފައި، އެ އިޢުތިރާފުން ރުޖޫޢަވެފައިވާ މައްސަލައެއްކަމާއި، މިހާރު ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ކުރިއަށްދާ މަރުޙަލާގައި، ކުށުގެ ޢުންޞުރުތަކާއި ޝަރީޢަތުގެ އިޖުރާއަތުތަކާ ގުޅޭގޮތުން އަދުޙަމް މުޙައްމަދުގެ ފަރާތުން ދެކޭގޮތެއް ބަޔާންކޮށްދޭން ޖެހޭނެކަމާއި، މީނާގެ ފަރާތުން ތަފުސީލު ޖަވާބެއް ދެއްވަންވާނެކަން ޝަރީޢަތުން އެންގުމުން، މައްސަލައިގެ ލިޔުންތައް ލިބުނީ ޝަރީޢަތުގެ އަޑުއެހުމުގެ އެއްދުވަސް ކުރިންކަމަށާއި، އިތުރު ވަގުތު ބޭނުންވާކަމަށް އަދުޙމް މުޙައްމަދުގެ ވަކީލު ވިދާޅުވެފައިވެއެވެ.
16ދިވެހިރާއްޖޭގެ ހައިކޯޓުގެ ލިޔުންތަކުން، 30 ނޮވެމްބަރ 2025 ދުވަހު ވަކީލު ޢައްޔަނުކޮށްފައިވާކަމަށް ދައްކާކަމަށާއި، އިތުރުވަގުތު ބޭނުންވާކަން ވަކީލުގެ ފަރާތުން ކުރިން އަންގަވާފައިނުވާ ސަބަބެއް ސާފުކޮށްދިނުމަށް ޝަރީޢަތުން އަންގާފައިވެއެވެ. އަދުޙަމް މުޙައްމަދުގެ ވަކީލުގެ ފަރާތުން ލިޔުންތައް ހޯދުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގައި އެދިފައިވާކަމަށާއި، ޖަވާބުދާރީވުމަށް 10 (ދިހައެއް) ދުވަހުގެ އިތުރު ފުރސުތެއ ދިނުމަށް އަދުޙަމް މުޙައްމަދުގެ ވަކީލު އެދިވަޑައިގެންފައިވެއެވެ.
17ދައުލަތގު ފަރާތުން އިތުރުވަގުތު އެރުވުމަށް އިޢުތިރާޟު ކޮށްފައިނުވެއެވެ. އަދި ބުނެވިދިޔަ ކަންކަމުގެ އިތުރުން، އަދުޙަމް މުޙައްމަދުގެ ޤާނޫނީ ވަކީލުގެ ފަރާތުން ޤާސިމް ޙަސަންގެ ޢާއިލާއާ މުޢާމަލާތްކުރުމަށް އެދިފައިވާކަމަށެވެ. ޤާސިމް ޙަސަންގެ ވާރިސުންގެ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތާއެކު ދައްކާނެ އިތުރު ވާހަކައެއް ނެތްކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތއާ ގުޅުމެއްހުރި އެއްވެސް ފަރާތަކުން އެޕްރޯޗުނުކުރުމަށް އެދިފައިވާތީ، އެކަން ޝަރީޢަތުގެ ސަމާލުކަމަށް ގެނައުމަށް އެދޭކަމަށް ދައުލަތުން ބުނެފައިވެއެވެ. ދައުލަތުން ވިދާޅުވެފައިވާގޮތަށް، ޤާސިމް ޙަސަންގެ ވާރިސުންނާ އަދުޙަމް މުޙައްމަދުގެ ފަރާތުން އެއްވެސް މީހަކު މުޢާމަލާތް ކޮށްގެން ނުވާނެކަމަށް ޝަރީޢަތުން އަންގައި، ޖަވާބު ދިނުމަށް އިތުރު ފުރުސަތު އަރުވާފައިވެއެވެ.
18އެއަށްފަހު، މި މައްސަލައިގެ ޝަރީޢަތް 19 އޭޕްރލި 2026 ދުވަހު ބާއްވައި، އަޑުއެހުންތައް ނިންމާފައިވެއެވެ.
19ދައުލަތުގެ ފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް، ކްރިމިނަލް ކޯޓުން ނިންމާފައިވާގޮތް ތިރީގައި އެވަނީއެވެ. "ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ބިނާކޮށް، ޅ. ހިންނަވަރު، […] އަދުޙަމް މުޙައްމަދު ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި، ކ. މާލެ، ދަފްތަރު ނަންބަރު ރސ. 1596 ޤާސިމް ޙަސަން މަރާލާފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާތީ، (1) ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުން، ޅ. ހިންނަވަރު، […] އަދުޙަމ މުޙައްމަދް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، (2) މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޅ. ހިންނަވަރު، […] އަދުޙަމް މުޙައްމަދު މެރުމަށް ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީމެވެ." އިސްތިއުނާފު ނުކުތާއާއި ދެކެވުނު ވާހަކާ
20ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާ އާ ގުޅިގެން، ދައުލަތުގެ ފަރާތުން މި މައްސަލައިގައި ހުށަހަޅާފައިވާ ނުކުތާތަކާއި، އެ ނުކުތާތަކުގެ ތަފުސލުގައ ހުށަހަޅާފައިވި ކަންކަނީ ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.20. ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގައި ޝަރީޢަތަށް ހުށަހެޅުނު ހެކި ޤަރީނާ، ސާބިތުކުރުމުގެ ވަސީލަތެއްގެގޮތުގައި ބޭނުންކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމާއި، މި ހެކިތަކުން އަދުޙަމް މުޙައްމަދު ގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެކުށ އެއްވެސް ޝުބުހާއެއްނެތ މިންވަރަށް ސާބިތުވާކަން ކަށަވަރުކުރުން.
2.20. ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގެ ޝަރީޢަތް އެ ކޯޓުގައި ހިންގުނުއިރު، ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރު ކޮށްދީފައިވާ އެންމެހައި ޙައްޤުތައް އަދުޙަމް މުޙައްމަދަށް ލިބިދީފައިވާކަން ކަށަވަރުކުރުން.
3.20. ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާއިން، އަދުޙަމް މުޙައްމަދުގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، އެ ކުށުގެ ޢުޤޫބާތެއްގެގޮތުން އަދުޙަމ މުޙައްމަދް މެރުމަށް ޙުކުމްކޮށްފައިވާތީ، އިސްލާމީ ޝަރީޢަތުގައި ޤިޞާޞްހިފުން މަނާކުރާ ސަބަބެއް އަދުޙަމް މުޙައްމަދުގެ ކިބައިގައި ފުރިހަމަވެފައި ނެތްކަން ކަށަވަރުކުރުން.
4.20. ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގައި، އަދުޙަމް މުޙައްމަދުގެ ކިބައިން ޤިޞާޞް ހިފުމަށް ކަނޑައެޅުއްވުމުގައި، ދަފްތަރު ނަންބަރު ރސ. 1596، މާލެ، ޤާސިމް ޙަސަންގެ ވާރިސުންގެބަސް ނަންގަވާފައިވަނ ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިންކަން ކަށަވަރުކުރުން. މީގެފަހުން "ޤާނޫނުއަސާސީ"ކަމަށް ބުނެފައިވާ .
21ދައުލަތުގެ ފަރާތުން އަދުޙަމް މުޙައްމަދުގެ މައްޗަށކުޅް، ޤާނޫނު ނަންބަރު 17/2010 ގެ 5 ވަނަ މާއްދާގެ
(ހ)އާ ޙަވާލާދީ، އެ މާއްދާގެ (ނ)ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ބިނާކޮށްފައިވަނީ، ތިރީގައި ބަޔާންކޮށްފައިވާ ވާޤިޢާތަކުގެ މައްޗަށްކަމަށް ބުނެފައިވެއެވެ.
1.21. ރަޖިސްޓރަ ނަންބަރު AB1A/T8765 ޓެކްސީގައި، 04 ޑިސެމްބަރ 2019 ދުވަހު 21:06 އެހައިކަށްހައިއިރު، މީނާއއާ ޤާސިމް ޙަސަން ދަތުކުރިއިރު، އެ ޓެކްސީ ހުޅުމާލޭގެ އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ހިމެނޭ ސަރަޙައްދުން، ރީތިގަސްމަގއާ ކުރިކީލަމަގު ގުޅުނުކަންމަތިން ލަނބާލި ވަގުތު، ޓެކްސީގެ ޑރައިވަރު ސީޓުގެ ފަހަތުސީޓުގައި މީނާ އިނދެފައި، ޤާސިމް ޙަސަންގެ ކަރަށް ޙމާލާދީފައިވުނަ.
2.21. ޙަ މަލާދީފައިވަނީ، ތިލައިގެ ދިގުމިނުގައި ގާތްގަނޑަކަށް 6 (ހައެއ) އިންޗި ހުރި ވަޅިއަކުން ކަމުގައިވުން.
3.21. ޙަމަލާ ދީފައިވަނީ ޤަޞްދުގައި ކަމަށްވުން.
4.21. ޙަ މަލާގެ ސަބަބުން ޤާސިމް ޙަސަން ނިޔއަވެފައިވން.
22ދައުލަތުގެ ފަރާތުން އަދުޙަމް މުޙައްމަދު ގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދަޢުވާ ހުށަހެޅުމުން، އެ މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި، އަދުޙަމ މުޙައްމަދް ދަޢުވާއަށް އިޢުތިރާފު ވެފައިވާކަމުގައެވެ. އަދި އެއަށްފަހު އަވަސްނިޔާއިނ މައްސަލް ނިންމުމަށް ބޭއްވުނު އަޑުއެހުމުގައި، ދަޢުވާއަށް އިންކާރުކޮށްފައިވާތީ، މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް އަލުން ކްރިމިނަލް ކޯޓުގައި ފެށކަމަށެވެ.
23ދަޢުވާއަށް ޖަވާބުދާރީވުމުގެ ތެރޭގައި، ދަޢުވާގައިވާ ހާދިސާއަކީ ހިނގިކަމެއްކަމަށ އަދުޙަމް މުޙައްމަދު ބުނެފައިވާކަމަށެވެ. އަދި ވަޅިއަކުން ޤާސިމް ޙަސަންގ ކަރަށް ޙަ މަލާއެއް އަމާޒުކުރެވުނުކަމަށާއި، މީނާ ގެންގުޅުނު ވަޅި ޤާސިމް ޙަސަނގެ ކަރަށް ހެރިފައިވާކަމަށް ބުނެފައިވާކަމަށެވެ. އެހެންނަމަވެސް، ޤާސިމް ޙަސަން މަރާލުމުގެ ނިޔަތުގައާ ޙަމަލާދީފައި ނުވާނެކަމަށާއި، ޤާސިމް ޙަސަންގެ އަތުން ފޭރެން އުޅުމުގެ ތެރޭގައި، ވަޅި ހެރުނީކަމަށާއި، އަދި މީނާ އޭރުހުރީ މަސްތުގެ ޙާލަތުގައިކަމަށް، އަދުޙަމް މުޙައްމަދު ބުނެފައިވާކަމަށެވެ.
24ދައުލަތުން އަދުޙަމް މުޙައްމަދު ގެ މައްޗަށްކުޅަ ދަޢުވާގައިވާ ހާދިސާ ހިނގާފައިވާކަމަށް މީނާ އިންކާރުކޮށްފައި ނުވިނަމަވެސް، ޤަޞްދުގައި ޙަމަލާ ދީފައިވާކަމުގެ މައްޗަށާއި، މަރާލުމުގެ ނިޔަތުގެ މައްޗަށް މީނާ އިންކާރު ކޮށްފައިވާކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ. އެހެންކަމުން، ދައުލަތުން މައްސަލަ ސާބިތު ކުރުމަށްޓަކައި ހެކި ޤަރީނާ ހުށަހަޅާފައި ވާނެކަމަށެވެ. އެގޮތުން، ޢަމަލުގެ ރުކުނާއި، އެ ރުކުނާގުޅިގެން ފުރިހަމަވާންޖެހޭ ޢަމަލާއި ނަތީޖާގެ ޢު ންޞުރަށް އަދުޙަމ މުޙައްމަދް އިޢުތިރާފުވާތީ، އެ އިޢުތިރާފަށް ބާރުދޭހެއްކާއި، ނިޔަތުގެ ރުކުނަށް މީނާ އިންކާރު ކޮށްފައިވާތީ، އެރުކުނަށް ބާރުދޭހެކި ދައުލަތުގެ ފަރާތުން ހުށަހަޅާފައި ވާކަމަށެވެ. އެކަންކަން ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 27 ވަނަ ނުކުތާއިން ސާފުވާކަމަށެވެ.
25މި މައްސަލަ ސާބިތު ކުރުމަށްޓަކައި، އަދުޙަމް މުޙައްމަދު، 27 ޑިސެމްބަރ 2019 ދުވަހު، ފުލުހުނގް ތަޙުޤީޤަށް ދީފައިވާ ބަޔާނާއި، އިންޓަވިއު ރިކޯޑިންގ ހިމެނޭ ސީޑީއާއި، 20 ޑިސެމްބަރ 2019 ދުވަހު މީނާ ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހުގައި ދީފައިވާ އިޢުތިރާފު ބަޔާނާއި، ފުލުހުންގެ ތަޙްޤީޤު ގައި، މިހާދިސާ ހިނގިދުވަހު މީނާ އެރިކަމަށްބުނާ ދެ ޓެކްސީގެ ޑރައިވަރުނު ފާހަގަ ކޮށްފައިވާ ފޮޓޯ އައިޑެންޓިފިކޭޝަނާއި، ފުލުހުންގެ ތަޙުޤީޤުގައި، މި ހާދިސާގައި މީނާ ޙަމަލާދިނުމަށް ބޭނުންކުރި ވަޅީގެ ފޮޓޯ އައިޑެންޓިފިކޭޝަނާއި، ފުލުހުންގެ ތަޙްޤީޤގައު 22 ޑިސެމްބަރ 2019 ދުވަހއާ 27 ޑިސެމްބަރ 2019 ދުވަހު، މީނާ ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހާފައިވާ މަގު ޗާޓާއި، ކުށުގެ ވެށީގައި އަދުޙަމް މުޙައްމަދު ޢަމަލުކުރިގޮތް މީނާލައްވާ ކުޅުވުމުގެގޮތުނ ފުލުހުން ތައްޔާރުކޮށްފައިވާ ވީޑިއޯ، ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ. އެ ހެކިތަކުން ޖުމްލަކޮށް ސާބިތުވާކަމަށް ދައުލަތުންބުނާ ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.25. 04 ޑިސެމްބަރ 2019 ދުވަހު، އަދުޙަމް މުޙައްމަދުގެ ރަޙްމަތްތެރިއަކާއެކު، މީނާ ޕިކަޕެއްގައި ހުޅުމާލެއަށް ދިޔަކަމގައު ވެ. އޭރެ މީނާ ލައިގެންހުރީ، ގޮޅިޖެހި ނޫކުލައިގެ އަތްދިގު ގަމީހަކާއި، ނޫކުލައިގެ ޖިންސއްކަމަށެވެ. ހުޅުމާލޭގެ މެއިން ބަސް ސްޓޮޕް ސަރަޙައްދަށް ދިޔަކަމަށެވެ. އަދި ހުޅުމާލޭގައި ހުންނަ "ކެފޭ ހައިވް"އިން މަހެއް ކަނޑަންކަމަށްބުނެ، ދިގުމިނުގައި ގާތްގަނޑަކަށް އެއްފޫޓު ހުންނަވަރުގެ ކަޅުކުލައިގެ މުއްގަނޑުލީ ވަޅިއެއް އަދުޙަމް މުޙައްމަދު ހޯދިކަމަށާއި، އެ ވަޅި މީނާ ތޫނުކޮށްފައި ވާކަމގައެވެ. އަދި އެއަރޕޯޓަށް ދިޔުމަށް ކާރަކަށްއަރައި، ކާރު ދަތުރުކުރަމުންދާ މަގުމަތީގައި، ކާރުގެ ޑުރައިވަރަށ ވަޅިން ބިރުދައްކައިގެން ކާރުތެރޭގައި އިނދެ ފޭރުމުގެ ބޭނުމުގައި، އެދުވަހުގެ އިރުއޮއްސުނ ވަގުތު ޓެކްސީއެއްގައި އެއަރޕޯޓަށް އަދުޙަމް މުޙައްމަދު ދިޔކަމަގައެވެ.
2.25. އެއަރޕޯޓަށް ފުރަތަމަ ދަތުރުކުރި ޓެކްސީގެ ޑރައިވަރު އަތުން ފޭރިގެންފިނަމަ ފަޅާއަރާފާނެތީ، ފޭރިގަނެވިފައި ނުވާކަމުގައެވެ. އަދި އެއަރޕޯޓު ތެރޭގައި ފޭރެން މަސައްކަތްކުރިއިރު، އެތަނުގައި ފުލުހުން ޙރަކާތްތެރަ ވަމުންދާތީ އެކަންވެސް ނުވިކަމަށެވެ. އޭގެފަހުން، އެއަރޕޯޓުން މީހުންއަރާ ޓެކްސީކިޔު ކައިރިއަށް އަދުޙަމް މުޙައްމަދު ދިޔަކަމަށެވެ. އެތަނުން ޤަޞްދކުރު، ޓެކްސީއަކަށް އަރައި ހުޅުމާލެއަށް ދޔިމަށްކަމަށްބުނެ، ދާމަގުމަތީގައި ޑުރައިވަރަށ ވަޅިން ބިރުދައްކައިގެން ފޭރުމަށްކަމުގައެވެ. އަދި ފަސޭހަކަމާއެކު ފޭރެވޭނެކަމަށް ގަބޫލުކުރެވޭ ދޮށީ ޢުމުރުފުރައިގެ ޑުރައިވަރަކުއިން ޓެކްސީއެއް ބެލުމަށްފަހު، ގާތްގަނޑަކަށް 20:30 އެހައިކަށްހައިއިރު، ޓެކްސީ ކޔިގައިއޮތް، ޤާސިމް ޙަސަން ދުއްވި ރަޖިސްޓރަ ނަންބަރު AB1A/T8765 ޓެކްސީއަށް އަދުޙަމް މުޙައްމަދު އެރިކަމަށެވެ.
3.25. ޑުރައިވަރު ސީޓާ ދިމާލުން ފަހަތުސީޓަށް އަދުޙަމް މުޙައްމަދު އެރުމަށްފަހު، ހުޅުމާލޭގައި ހުންނަ ނޭޝަނަލް ޑްރަގް އެޖެންސީ (އެން. ޑީ. އޭ)ގެ ހާފްވޭ ހައުސްއަށް ގެންގޮސް ދިނުމަށް، ޑުރައިވަރުގެ ގާތުގައި އަދުޙަމް މުޙައްމަދު އެދުނުކަމަށެވެ. އަދި އެތަން ޑުރައިވަރަށް ނޭނގޭކަމަށް ބުނުމުން، މީނާ ބުނާމަގުން ދުއްވުމަށް އެދުމުން، ޑރައިވަރު އެމަގުތަކުން ދަތުރު ކުރިކަމަށެވެ. އޭރުވެސް މީނާ ގެންގުޅުނުވަޅި މީނާ ލައިގެންހުރި ޖިންސުގެ ކަނާތްފަރާތުން، އުނަގަނޑާއި ޖިންސާ ދެމެދަށް ޖަހާފައިވާކަމަށެވެ. ހާފްވޭ ހައުސްއަށްދާން ޑު ރައިވަރުގެ ގާތުގައި އެދުނީ، އެހިސާބަކީ ވަރަށް އަނދިރިކޮށ އޮންން ހިސާބަކަށްވެފައި، މީހުން ޢާއްމުކޮށް ގޮސްނޫޅޭ ހިސާބެއް ކަމަށްވުމުން، އެހިސާބަށް ޓެކްސީގައިގޮސް ފޭރުމަށް ފަސޭހަވާނެތީކަމަށެވެ. އެގޮތުން، ޓެކްސީ ރީތިގަސްމަގުން އުތުރަށް ދަތުރުކުރަމުންގޮސް، ރީތިގަސްމަގުން ހާފްވޭ ހައުސް ހުންނަމަގަށް ވަނުމަށް އޮންނަމަގަށް (ކުރިކީލަމަގަށް) ވަނުމަށްޓަކައި، އެމަގަށ ވާގޮތަށް ކަނތަށާ ޓެކްސީ އަނބުރާލައި، އެމަގުގެ މެދަށްވާގޮތަށް ޑުރައިވަރުގެ ގާތުގައި ޓެކްސީ މަޑުކުރުމަށް އަދުޙަމް މުޙައްމަދު ބުނިކަމަށެވެ.
4.25. އެއަށްފަހު، މީނާގެ އަތުގައިއޮތް ވަޅިން ޑުރައިވަރަށް ބިރުދައްކައި، ފައިސާ ފޭރެން މަސައްކަތް ކުރިކަމުގައެވެ. އަދި ޑުރައިވަރު ދެކޮޅުހަދައި، ވަޅީގައި ހިފެހެއްޓުމުން، އަދުޙަމް މުޙައްމަދު އެވަޅި ދަމައިގަތުމުން ޑުރައިވަރުގެއަތް ޒަޚަމްވިކަމަށެވެ. އަދި ޑުރައިވަރު ސަލާމަތްވާން މަސައްކަތްކޮށް ހަޅޭއްލަވަން ފެށުމުން، މީނާ ތަކުރާރުކޮށް ހަޅޭއްނުލަވަން ބުނުމުންވެސް އެކަންނުހުއްޓުމުން، ޑުރައިވަރުގެ ވާތްފަރާތުން، ކަރުގެ މެދަކާހަމައަށް އަދުޙަމް މުޙައްމަދގު އަތުގައިއޮތް ވަޅިން ޙަމަލާދންކަމަށެވެ.
5.25. ބުނެވިދިޔަ ޙަމަލާގައި، ވަޅީގެތިލަ ޑރައިވަރުގެ ކަރަށު ވަނުމާއެކުކަހަލަގޮތަކަށް، ކަރުން ވަޅީގެ ތިލަ ދަމައިގަނެފައި ވާކަމަށެވެ. އެވަގުތު ކުއްލިއަކަށް، ވަޅިންދިން ޙަމަލާގެ ޒަޚަމުން، ކާރުތެރެއަށާއި އަދުޙަމް މުޙައްމަދުގެ މޫނުމައްޗަށާއި، ލައިގެންހުރި އަންނައުނުތަކަށް ލޭތައް ބުރައިގެންގޮސް، ޑުރައިވަރުގެ ކަރާއ އަތުގައިހުރި ޒަޚަމްތަކުން، ގިނަ މިންވަރަކަށް، ޑރައިވަރުގު ގަޔަށާއި ކާރުތެރެއަށް ލެއިފައިބަމުން ދިޔަކަމަށެވެ.
6.25. ޑުރައިވަރަށް ޙަމަލާ ދިނުމަށްފަހު، ކާރުތެރޭގައި އިތުރަށް މަޑުނުކޮށް، ފިލައިގެން ދިޔުމަށް އަދުޙަމް މުޙައްމަދު މަސައްކަތް ކޮށްފައިވާކަމަށެވެ. އޭރުވެސް ވަޅިއޮތީ މީނާގެ އަތުގއިކަމަށެވެ. ކާރުން ނުކުންނަން އުޅުމުގެތެރޭގައި، ކާރުގެ އެކިހިސާބުތަކުގައި މީނާ އަތްލާފައި ވާކަމަށެވެ. އަދުޙަމް މުޙައްމަދު ފިލަން ދަމުން، ޓެކްސީއާ ވީކޮޅަށް ބަލާލިއިރު، ޑރައިވަރުގު ދެއަތުން، ޒަޚަމުވެފައިހުރި ދިމާލުން ކަރުގައި އަތްއަޅައިގެން، ސަލާމަތަށްއެދި ހަޅޭއްލަވަމުން ރީތިގަސްމަގާއި ވީކޮޅަށް ދިޔަކަމަށެވެ. އެއަށްފަހު، ރީތިގަސްމަގުން ދެކުނަށް އަދުޙަމް މުޙައްމަދު ދުވަމުންގޮސް، ހާފްވޭ ހައުސްހުންނަ ކުރިކީލަމަގަށް ނުކުންނަ ހިސާބުން، ގަސްތަކުގެ ތެރޭގައިއޮތް ވަޅުގަނޑެއްގެ ތެރެއަށް ވަޅި އެއްލއިލަ ފައާ ވާކަމުގައެވެ. އަދި މީނާ ލައިގެންހުރި ނޫކުލައިގެ ގޮޅިޖެހިގަމީސް ބާލައި، އެ ދިމާލުގައިހުރި ސައިކަލެއްގެ މަޑިމަތީގައި ގަމީސް ބޮނޑިކޮށްލާފައި ބޭއްވކަމަށެވެ. އެއަށްފަހު، ހުޅުމާލެ 06 ނަންބަރު ފލެޓު ގ ގރައުންޑު ފލޯގައިއުޅޭ އަދުޙަމު މުޙައްމަދުގެ ރަޙމަތްތު ރިއެއްގެ އަތުން، އޮރެންޖު ކުލައިގެ އަތްދިގު ގަމީހެއް ހޯދައިގެން، އެ ގަމީސް ލުމަށްފަހު، ކުރިން މީނާ ލައިގެންހުރި ނޫކުލައިގެ ގަމީސް އެދިމާލުން ހުސްބިމުގެ ސަރަހައްދުގައ އެއްކޮށްފައިހުރި، ކުނޑިގައު އަޅާފައިހުރި ހުދުކުލައިގެ ނައިލޯނު ބަސްތާއެއްގެ ތެރެއަށްލައި، އެ ބަސްތާގެތުން މީނާގެ އަތުން އޮޅާލައި ބަންދުކުރިކަމަށެވެ.
7.25. އެއަށްފަހު، އަވަހަށް މާލެ ދިއުމަށްޓަކައި، 21:15 އެހައިކަށްހައިއިރު، ބުނެވިދިޔަ ފުލެޓު ހުރިހިސާބުން ނިރޮޅުމަގަށް ނުކުމެ، އެމަގުގައިހުރި މެއިން ބަސް ސްޓޮޕަށްގޮސް، ބަސް ޓިކެޓެއް ނަގައިދިނުމަށް މީހެއްގެ ގާތުގައި އެދުނުކަމަށެވެ. އަދި އެމީހާ ޓިކެޓެއް ނަގައިދިނުމުން، މާލެއައިސް އަމީނީމަގަށް ނުކުމެ، އެމަގު ހުރަސްކޮށް، ހިނގާފައި […] ގެއަށް އަދުޙަމް މުޙައްމަދު ދިޔަކަމުގައެވެ.
8.25. ފުލުހުންގެ ތަޙުޤީޤަށް އެއްބާރުލުންދީ، އެ ހާދިސާ ހިނގއަދިޔަގޮތް ތަފުސީލުކޮށް ކިޔައިދީފައިވާކަމަށް އަދުޙަމް މުޙައްމަދު އެއްބަސްވެފައި ވާކަމުގައެވެ. އަދި އެ ޢަމަލު ހިންގިއިރު އަދުޙަމް މުޙައްމަދު ލައިގެންހުރި ގޮޅިޖެހި ނޫކުލައިގެ ގަމީސް ފޮރުވާފައި އޮތްތަނަށް ފުލުހުންނާއެކުގޮސް، މީނާގެ ޤާނޫނީ ވަކީލުގެ ޙާޟިރުގައި، އެ ގަމީސް ފޮރުވާފައިއޮތް ގޯނި ފުލުހުންނަށް ދައްކާފައި ވާކަމަށެވެ. އަދި އެގޯނި ހުޅުވއަ ބެލިއިރު، އެ ގޯނިތެރޭގައި ބުނެވިދިޔަ ގަމީސް އޮތްކަމަށާއި، އެ ގަމީސް ނަގާފައިވަނީ އަދުޙަމް މުޙައްމަދުގެ ޤާނޫނީ ވަކީލުގެ ޙާޟިރުގައިކަމށަ ވެ. މި މައްސަލާގައި ނިޔއަ ވެފައިވާ ޓެކްސީ ޑުރައިވަރަކީ ޤާސިމް ޙަސަންކަން ފުލުހުންގެ ތަޙުޤީޤުން އަދުޙަމް މުޙައްމަދުއަށް އެނގިފައު ވާކަމަށެވެ.
26ރ. ރަސްގަތީމު، […] އަޙްމަދު ޔަޢސްއާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝަރީފުލް އިސްލާމގް ހެކިބަހާއި، އަދުޙަމ މުޙައްމަދް "ކެފޭ ހައިވް"އިން ގެންދިޔަކަމަށް ޝަރީފުލް އިސްލާމް ބުނާ ވަޅި އައިޑެންޓިފައިކޮށްފައިވާ ފޮޓޯ އައިޑެންޓިފިކޭޝަން ދައުލަތުން ހުށަހަޅާފައި ވާކަމގައުވެ. މީގމައްޗަށެ ބިނާކޮށް، 04 ޑިސެމްބަރ 2019 ދުވަހު އަސުރު ފަހުން، 16:00 ހައިއިރު، ހުޅުމާލޭގައި ހުންނަ "ކެފޭ ހައިވް"އަށް ކާކުކަންނޭނގޭ މީހަކުއައިސް، މަސްކެނޑުމަށް ވަޅިއެއް ދިނުމަށް ބުނުމުން، ކެފޭގެ ބަދިގެއިން ޕާސްޕޯޓު ނަންބަރު . ކަޅުކުލައިގެ މުއްގަނޑުލީ ސިލްވަރ ކުލައިގެ ތިލައެއްލީ އެއްފޫޓުވަރުގެ ވަޅިއެއް އެ މީހާއަށް ދީފައިވާކަމާއި، އެ ވަޅި އަނބުރާ ގެނެސްފައި ނުވާކަން އެނގޭކަމަށް ދައުލަތުން ބުނެފައިވެއެވެ.
27މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު H1(g)/SCOR/2019/855 "ސީން އޮފް ކްރައިމް އޮފިސަރސް ރިޕރޯ ޓް" ހުށަހަޅައި، އެ ރިޕޯޓު ތައްޔާރުކުރި ޕޮލިސް ކޯޕްރަލް ޒަބީޙް އިބްރާހީމްގެ ހެކިބަސް ނަގާފައިވާކަމގައުވެ. ހުޅުމާލެ ރީތިގަސްމަގު އެފް.ޑަބްލއި ކޮންސްޓްރަކްޝަން ކައިރިން މީހަކަށް ޙމަލާދަ މަރާލާފައިވާ މައްސަލައިގައި، 05 ޑިސެމްބަރ 2019 ދުވަހު، ރީތިގަސްމަގު އިރަށްއޮންނަ ކުރިކީލަމަގު ހިމެނޭ ސަރަޙައްދު، ފުލުހުންގެ ޓީމަކުން ބަލައި ފާސްކުރކަމަށެވެ. އެގޮތުން، ކުރިކީލަމަގ ހުޅަނގު ފަރާތު ގަސްތަކުގެ ތެރޭގައއޮތި ވަޅުގަނޑެއްގެ ތެރެއިން ވަޅިއެއް، ޕޮލިސް ލާންސް ކޯޕްރަލް އަމާނީ ނިޔާޒުއާއި ޕޮލިސް ކޮންސްޓަބަލް މުޙައްމަދު ރާއިފއްށ ފެނިގެން އެންގުމުން، އެ ވަޅި ޕޮލިސް ކޯޕްރަލް ޒަބީޙް އިބްރާހީމް ނަގާފައި ވާކަމަށް ދައުލަތުން ބުނެފައިވެއެވެ. އެއީ "ކީވީ" ބރޭންޑު ގެ ކަޅުކުލައިގެ މުއްގަނޑެއު ލާފައިވާ، ސިލްވަރ ތިލއެއްލީ، ދިގުމިނުގައި ގާތްގަނޑަކަށް 1 (އެކެއް) ފޫޓުވަރުހުރި ވަޅިއއްކަމަށެވެ. އެ ވަޅި މާއްދީ ހެއްކެއްގެ ގޮތުގައިނަގައި، ލެބޯޓރަ އަށީ ފޮނުވުނުކަމގައެވު. އަދި އެ ރިޕޯޓަކީ ޞައްޙަ ރިޕޯޓެއްކަމަށް ރިޕޯޓު ތައްޔާރުކުރި ފަރާތުން ޝަރީޢަތުގައި ބުނެފައިވާކަމަށެވެ.
28މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު H1(b)/DAR/2020/0001 "ޑީ.އެން.އޭ ތަޙުލީލް ރިޕރޯ ޓީ" ހުށަހަޅައި، އެ ރިޕޯޓު ތައްޔާރުކރު ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޙުސައިން ރަޝީދުގެ ހެކިބަސް ނަގާފައިވާކަމގައުވެ. އެ ރިޕޯޓުގައި ޙަވާލާދީފައިވާ ހެކިތަކުގެ ތެރެއިން، "ކީވ" ބރޭންޑު ގ ވަޅިއާއި، ކާރުގެ ކަނާތްފަރާތު ފަހަތު ސީޓާއި، ޑުރައިވަރުގެ ސީޓުގެ ފަހަތުގައިވާ ހެޑްރެސްޓާއި، ކަނާތްފަރާތު ފަހަތު ސީޓުގެ އާމްރެސްޓުނ ނެގުން ސުވޮބްތަކުނ ލިބުން މިކްސްޑް ޑީ.އެން.އޭ ޕްރޮފައިލްއެއް ތަޙުލީލު ކުރެވިފައި ވާކަމގައުވެ. ބުނެވިދިޔަ ރިޕޯޓުގެ ނަތީޖާގައި، "ޑީ. އެން. އޭ ނުހިމެނޭކަމަށް ބެލެވޭކަށްނެތް" މިގޮތަށް ޢިބާރާތްކޮށްފައިވަނީ ޑީ.އެން.އޭ ފެނިފައިވާތީކަމަށާއި، އެއީ Excluded" be "Cannot ޢިބާރާތުގެ ދިވެހި ތަރުޖަމާ އެއްކަމަށް ދައުލަތުން ބުނެފައިވެއެވެ. އެހެންކަމުން، ސުވާލު އުފެދޭ ހެކިތަކުން ލިބުނު މިކްސްޑް ޑީ. އެން. އޭ ޕްރޮފައިލްގައި، ޤާސިމް ޙަސަންއއާ އަދުޙަމް މުޙައްމަދުގެ ޑީ. އެން. އޭ ހުރިކަމަށް ފަންނީގޮތުން ނިންމާފައިވާކަމުގައވެ. އަދި އެ ރިޕޯޓު ޞައްޙަކަމަށް ރިޕޯޓު ތައްޔާރުކުރި ފަރަ ތުން ޝަރީޢަތުގައި ބުނެފައިވާކަމަށެވެ.
29މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު H1(c)/FCR/2019/122 "ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕރޯ ޓް" ހުށަހަޅައި، އެ ރިޕޯޓު ތައްޔާރުކުރެއްވި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަދުޙަމް ޢަލގީ ހެކިބަސް ނަގާފައިވާކަމގައު ވެ. ހާދިސާގައިވާ ރަޖިސްޓަރީ ނަންބަރު AB1A/T8765 ކާރުގެ ފަހަތު ސީޓުގައި އަޅާފައިވާ ކަވަރުނ ފެނުން ފިންގަރޕްރިންޓާއި، އަދުޙަމް މުޙައްމަދުގެ އިނގިލީގެ ނިޝާނުގެ 52 ރިޖް ސިފަ ދިމާވެފައިވާކަމަށާއި، އެއީ ޞައްޙަ ރިޕޯޓެއްކަމަށް އެ ރިޕޯޓު ތައްޔާރުކުރި ފަރަ ތުނ ޝަރީޢަތުގައި ބުނެފައިވާކަމަށެވެ.
30މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު H1(g)/SCOR/2019/876 "ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯރޓް" ހުށަހަޅައި، އެ ރިޕޯޓު ތައްޔާރުކުރެއްވި ޕޮލިސް ސްޓާފް ސާޖަންޓް މަރްޔަމް ޝިހާމާގެ ހެކިބަސް ނަގާފައިވާކަމުގައެވެ. މި މައްސަލައިގެ ހާދިސާ ހިނގި ސަރަހައްދު ބަލައިފާސް ކުރިއިރު، އެފް.ޑަބްލއި ކޮންސްޓްރަކްޝަންގެ ޕޭވްމަންޓަށް ރަޖިސްޓަރީ ނަންބަރު AB1A/T8765 ކާރު އަރާފައި އޮތްކަމާއި، ކުރިކީލަމަގއާ ރީތިގަސްމަގާގުޅޭ ކަންމަތީގައި ގިނަމިންވަރަކަށް ލއެކަމަށް ބެލެވޭ އެއްޗެއް ފެނުނުކަމށަވެ. އަދި ރަޖިސްޓރަ ނަންބަރު T8765/AB1A ކާރުގެ އެތެރއާއެ ބޭރުގައިވެސް ލެއިހުރިކަމުގައވެ. ސީނުން މާއްދީ ހެކި ނަގައި، ލެބޯޓަރީއަށް ފޮނުވާފައިވާކަމަށް ބުނެފައިވެއެވެ. އަދި އެ ރިޕޯޓު ޞައްޙަކަމަށް ޝަރީޢަތުގެ މަޖިލީހުގައި ހެކިވެރިޔާ ބުނެފައިވާކަމަށެވެ.
31މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު H1(g)/SCOR/2019/889 "ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯރޓް" ހުށަހަޅައި، އެ ރިޕޯޓު ތައްޔާރުކުރެއްވި ޕޮލިސް ސްޓާފް ސާޖަންޓް ބިޝާރު ޙަސަނގެ ހެކިބަސް ނަގފައިވާކަމާ ގައެވެ. މި މައްސަލައިގައި، 20 ޑިސެމްބަރ 2019 ދުވަހު، ހުޅުމާލެ 06 ނަންބަރު ފުލެޓގެ އިރުމަތީ ފަރާތުން، ދެވަނަ ސިޑި ކައިރިން، 06-ޖީ-06 އެޕާޓްމަންޓު ކުރިމަތި ބަލައިފާސްކުރީ އަދ ޙަމް މުޙައްމަދުގެ ޙާޟިރުގައިކަމަށެވެ. އެތަނުގައިހުރި ކަނު ޑިގާތަކެއް އަޅާފައިވާ ހުދުކުލައިގެ ގޯންޏެއްގެ ތެރެއިން، ގޮޅިޖހާފައިވާ، އަތްދިގު ނޫކުލައިގެ ގަމީހެއް ނަގާފައވާކަމި ގައެވެ. ސީނުން ފެނުނު މާއްދީހެކި ލެބޯޓަރީއަށް ފޮނުވާފައިވާކަމަށާއި، ރިޕޯޓަކީ ޞައްޙަ ރިޕޯޓެއްކަމަށް ޝަރީޢަތުގެ މަޖިލީހުގައި ހެކިވެރިޔާ ބުނެފައި ވާކަމަށެވެ.
32މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު H1(g)/SCOR/2019/877 "ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯރޓް" ހުށަހަޅައި، އެ ރިޕޯޓު ތައްޔާރުކުރެއްވި ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ޔޫސުފް އާދަމްގ ހެކިބަސް ނަގާފައިވާކަމގައުވެ. މި މައްސަލައާ ގުޅިގެން 20 ޑިސެމްބަރ 2019 ދުވަހު، އަދުޙަމް މުޙައްމަދުގެ ޙާޟިރުގައި، […] ބަލައި ފާސްކޮށްފައި ވާކަމަށެވެ. އަދި އަދުޙަމް މުޙައްމަދުގެ އަންނއުނަތައް ބެލިއިރު، އޮރެންޖު ގޮޅިތަކެއް ޖަހާފައިވާ، އަތްދިގު ހުދުކުލައިގެ ގަމީހެއް ނަގާފައިވާކަމަށާއި، ނެގުނު މާއްދީ ހެކި ލެބޯޓަރީއަށް ފޮނުވުނުކަމގައުވެ. އަދި އެ ރިޕޯޓަކީ ޞައްޙަ ރިޕޯޓެއްކަމަށް ހެކިވެރިޔާ ޝަރީޢަތުގައި ބުނެފައިވާކަމަށެވެ.
33ހުޅުމާލެ ހޮސްޕިޓަލްގެ ނަންބަރު 184266 "މެޑިކޯ ލީގަލް ރިޕޯޓު"އާއި، ހުޅުމާލެ ހޮސްޕިޓަލްގެ ނަންބަރު 184299 "ޑެތު ސަމަރީ"އާއި، އެ ދެ ލިޔުމާގުޅިގެން ޝަރީޢތުގައަ ހެކިބަސް ދެއްވި ޑަކްޓަރު ޢާއިޝަތު ޢުލްޔާ މޞު ޠަފާގް ހެކިބަހާއި، ޑިޕރާ ޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ "މަރު ސާބިތުކުރި ލިޔުން" ހުށަހަޅާފައިވާކަމަށެވެ. އެގޮތުން، 04 ޑިސެމްބަރ 2019 ދުވަހު 21:15 އެހައިކަށްހައިއިރު، ދައުލަތުން ހުށަހެޅި ފޯމުގައި މެޑިކޯލީގަލް ރިޕޯޓުގެ ނަންބަރުގެ ގޮތުގައި ލިޔެފައިވަނީ ރިޕޯޓުގެ ނަންބަރުގެ ބަދަލުގައި، ހޮސްޕިޓަލު ނަންބަރުކަމަށް ބެލެވެއެވެ. ރަނގަޅުގޮތަކީ ހުޅުމާލެ ހޮސްޕިޓަލްގެ ނަންބަރު 718/A/2019 "މެޑިކޯ ލީގަލް ރިޕޯޓު" (04 ޑިސެމްބަރ 2019)ކަމަށް ބެލެވެއެވެ. ދައުލަތުން ހުށަހެޅި ފޯމުގައި ޑެތުސަމަރީގ ނަންބަރުގެ ގޮތުގައެ ލިޔެފައިވަނީ ހޮސްޕިޓަލު ނަންބަރުކަމަށް ބެލެވެއެވެ. ލިޔުންތަކަށްބަލާއިރު، "ޑެތު ސަމަރީ"އަކީ މެޑީކޯލީގަލް ރިޕޯޓާއެކު ހިމަނާފައިވާ ލިޔުމެއްކަމަށް ބެލެވެއެވެ. ޤާސިމް ޙަސަން ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވނުކަމަށާއި، އެމަޖެންސީ ރޫމަށ ޤާސިމް ޙަސަންގެ ހަށިގަނޑު ގެނެވުނުއިރު، ކަރުގެ އަރިމަތިންނާއި އަތުން ލއެތައް އޮހޮރެމުންދޔަކަމިގައެވެ. ޤާސިމް ޙަސަން ގެނދެވުން އިރުވެސް އެއްވެސްވަރަކަށް ވިންދު ނެތްކަމަށާއި، ލެއ ގ ޕްރެޝރުނެތްކަމަށެވެ. ނޭވާވެސް ނެތްކަމަށެވެ. އަދި ޤާސިމް ޙަސަންގެ ކަރުގެ ވާތްފަރާތުގައި ޒަޚަމެއް ހުރިކަމަށާއި، ބޭރުފުށަށް ބަލާއިރާ އެ ޒަޚަމު ގެ ދިގުމިނުގައި 6 (ހައެއް) ސެންޓިމީޓަރު، ފުންމިނުގައި 2 (ދޭއް) ސެންޓިމީޓަރު ހރިކަމުގައެވެ. ޤާސިމް ޙަސަންގެ ކަރަށް ލިބިފައިވާ ޒަޚަމުތަކަކީ، ކަރުގެ ލޭދައުރުވާ މުހއި މ ލޭނާރުތައް ބުރިވެގެންދާވަރުގް ޒަޚަމު ތަކއްކަމެ ގައެވެ. ޤާސިމް ޙަސަންގެ އަތުގެ ހުޅާއި، އަތުގެ އިނގިލިތަކުގައިވެސް ޒަޚަމުތަކެއް ހުރިކަމަށެވެ. ޤާސިމް ޙަސަން ހޮސްޕިޓަލަށް ގެނެވުނުއިރު ނިޔއަވެފައި ވާކަމަށާއި، ޤާސިމް ޙަސަން ނިޔއަވެފައިވަނީ، އޭނާގެ ކަރުގެ ވާތްފަރާތުގައިހުރި ޒަޚަމުން ހަށިގަނޑުގައިހުރި ލެއ އޮހޮރުމުގެ ސަބަބުން، ލިބިފައިވާ ހެމޮރެޖިކް ޝޮކެއްގެ ސަބަބުންކަމަށެވެ.
34ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 28 ވަނަ ނުކުތާއިން ފެށިގެން 38 ވަނަ ނުކުތާއާއި، އެ ރިޕޯޓުގެ 46 ވަނަ ނުކުތާއިން 56.10 ވަނަ ނުކުތާގެ ނިޔަލަށް ބަލާއިރު، ބުނެވިދިޔަ ވާޤިޢާތައް ކަށަވަރުކޮށްފައިވާކަމަށް ދައުލަތުން ދެކޭކަމަގައވެ. އެގޮތުން، ދައުލަތުން ހުށަހެޅި ހެކިން ޝަރީޢަތަށް ޙާޟިރުކޮށް ހެކިބަސް ނަގައި، ހެކިންގެ ބަހުންނާއި، ކިތި ބީހެކީގާ އަލީގައި އެކަށައެޅުނު ވާޤިޢާތައް ވަޒަންކޮށް، ކުށުގެ ޢުންޞުރުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން ޝަރީޢަތުން ކަނޑައަޅުއްވާފައި ވާކަމަށެވެ.
35މައްސަލަ ނިންމުމުގައި އަދ ޙަމ މުޙައްމަދް ތަޙޤީޤަށު ދީފައިވާ އިޢުތިރާފު ބަޔާނާއި، އެ ބަޔާނާގުޅޭ ލިޔުންތަކަށް ކްރިމިނަލް ކޯޓުން ރިޢާޔަތްކޮށްފައިވަނީ ޤާނޫނީ ގޮތުން ރަނގަޅަށްތޯ ބެލުމުގައި، ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާޞާއެއް ތިރީގައި ބަޔާންކުރަމެވެ.
1.35. އަދުޙަމް މުޙައްމަދުގެ އިޢުތިރާފުތަކާއި، އިޤުރާރުތަކަށ ރިޢާޔަތް ކޮށްފައިވާގޮތް، ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 51 ވަނަ ނުކުތާއިން 55 ވަނަ ނުކުތާގެ ނިޔަލަށް ބަޔާންކޮށްފައިވާކަމަށެވެ.
2.35. ދިވެހިރާއްޖޭގެ ސޕްރީމު ކޯޓުގެ އާދަމް ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2009/SC-A/18) ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ "ނ"ގައި، ދަޢުވާލިބޭމީހާ ތަޙުޤީޤުގައި ކުށުގެޢަމަލު ހިންގިކަމަށް އިޢުތިރާފު ވެފައިވާނަމަ އަދި އެ އިޢުތިރާފަށް ބާރުދޭހެކި ހުރިނަމަ، ދަޢުވާލިބޭ މީހާގެ އިޢުތިރާފަކީ، މައްސަލަ ނިންމުމުގައި އެއަށް ރިޢާޔަތްކުރެވޭނެ ހަރުދަނާ ޤަރީނާއެއްކަމަށް ކަނޑައަޅާފައި ވަކަމުގައެވެ.
36އަދުޙަމް މުޙައްމަދު ކުށުގެ ޢަމަލު ހިންގިކަމަށް ތަޙުޤީޤއާ ޝަރީޢަތުގައި ވެފައިވާ އިޢުތިރާފަށް ބާރުދޭ އަދި ގުޅުވައިދޭ ގިނަހެކި ހުށަހަޅާފައި ވާކަމގައާއި، ދައުލަތުން ދަށުކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ކަންހިނގައިދިޔަގޮތްކަމަށ ބަޔާންކޮށްފައިވް ކަންކަނާ ވަޒަންކޮށް، އެކަންކަން އެގޮތުގެމަތިން ހުރިކަމަށް ދަށުކޯޓުން ކަނޑައަޅުއްވާފައިވަނީ ރަނގަޅަށްކަމަށް ދައުލަތުން ދެކޭކަމަށެވެ.
37ޤާސިމް ޙަސަންއަށް ޙމާލާދަ މަރާލުމުގެ ނިޔަތް، އަދުޙަމް މުޙައްމަދުގެ ކިބައިގައި ނެތްކަމަށް މީނާ ބުނާބުނުން، ޝަރީޢަތުން ވަޒަންކުރިގޮތް ރަނގަޅުތޯ ބެލުމުގައި ދައުލަތުން ފާހަގކޮށްފައިވަ މައިގަނޑުކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.37. އަދުޙަމް މުޙައްމަދުގެ ނިޔަތް ވަޒަންކުރިގޮތް ބަޔާންކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ނުކުތާ 56 އިން 56.10 އަށްކަމަށެވެ.
2.37. ޤާތިލުގެ ކިބައިގައި މަރުގެ ނިޔަތްއޮތްތޯ ބެލުމުގެ އެއްހަމައަކީ، ޙަމަލާ ދިނުމަށް ބޭނުންކުރި ހަތިޔާރާއި ޙަމަލާދިންތަނ ނުވަތް ގުނަވަންކަމށެވަ. އެގޮތުން ބަލާއިރު، އަދުޙަމް މުޙައްމަދު ބޭނުންކޮށްފައިވަނީ މީހަކު މެރުމަށް ޢާއްމުކޮށް ބޭނުންކުރެވިދާނެ ހަތިޔާރެއްކަމުގައިވާ ވަޅިއެއްކަމަށެވެ. އަދި ޙަމަލާދިން ތަނަށްބަލާއިރު، މި މައްސަލައިގައި އަދުޙަމ މުޙައްމަދް ޙަމަލާ ދީފައިވަނީ ކަރަށްކަމަށްވާއިރު، މީހަކު މަރާލެވިދާފަދަ ތަނެއްކަމަށް ބަލަންޖެހޭކަމަށް ޝަރީޢތުނަ ކަނޑައަޅުއްވާފައިވަނީ ރަނގަޅަށްކަމގައުވެ. އަދި މި ކަންކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުއްރަތު (2016/SC-JC/07) (މީގެފަހުން "މުއްރަތު މައްސަލަ"ކަމަށް ބުނެފައިވާ) ޤަޟިއްޔާއާއި، އެކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ހުމާމް އަޙްމަދު JC/06)-(2016/SC ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނިޔާޒް (2018/HC-JC/04) (މީގެފަހުން "ނަންބަރު 2018/HC-JC/04 މައްސަލަ"ކަމަށް ބުނެފައިވާ) ޤަޟިއްޔާގެ 32 ވަނަ ޕެރެގރާފުންނާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ޝަޙްމު އާދަމްއާއި، ޙަސަން ޝިމާޒު މުޙައްމަދު ސުވާދު (2016/HC-A/72) ޤަޟިއްޔާގެ 77.3 ވަނަ ޕެރެގުރާފުން ސާފުވާ ކަންކަންކަމަށް ދައުލަތުން ބުނެފައިވެއެވެ.
3.37. މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުން، އަދުޙަމ މުޙައްމަދް ތޫނުވަޅިއަކުނ ޤާސިމް ޙަސަންގެ ކަރަށް ޙަމަލާދީފައިވާކަމ ސާބިތުވީ ވާޤިޢާއެއްކަމަށާއި، ޤާސިމް ޙަސަން މަރާލުމުގެ ޤަޞްދު ޝަރުޢީ ހަމަތަކުގެމަތިން އޮތްކަމަށް ބަލަންޖެހޭކަމަށް ދައުލަތުން ދެކޭކަމަށެވެ.
38ކްރިމިނަލް ކޯޓުގައިކުޅަ ދަޢުވާއާ ގުޅިގެން، އަދުޙަމް މުޙައްމަދު ހުށަހަޅާފައިވާ ކަންކަމާ ގުޅޭގޮތުން ދައުލަތުން ފާހަގަކޮށްފައިވާ ކަންކަން ތިރީގައި ޚުލާޞާކުރަމެވެ.
1.38. ކުށުގެ ޢަމަލު ހިންގިއިރު އަދުޙަމް މުޙައްމަދުހުރީ މަސްތުގެ ޙާލަތުގައިކަމަށް މީނާ ބުނެފައިވާކމުގައަވެ. މައްސަލައިގެ ހާދިސާ ހިނގިދުވަހު އަދުޙަމ މުޙައްމަދް އެކިފަހަރުމަތިން ތަކުރާރުކޮށް މަސްތުވާތަކެތި ބޭނުންކޮށްފައިވާކަމަށް ބުނެފައިވާކަމަށެވެ. އަދުޙަމް މުޙައްމަދު މަސްތުވެފައިވަނީ އަމިއްލަ އިޚްތިޔާރުގައި، އެއްވެސް ފަރާތެއްގެ މަޖުބޫރުކުރުވުމެއް ނެތިކަމަށް، 25 ފެބްރުއަރީ 2021 ދުވަހު މީނާއާ ޝަރީޢަތުން ސުވާލުކުރުމުން އަދުޙަމް މުޙައްމަދު ބުނެފައިވާކަމގައެވެ.
2.38. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުއްރަތު މައްސަލއިގައަ ފާހަގަކުރެވުނު ނުކުތާގެ 5 އަދި 6 ވަނަ ނުކުތއަށާ ރިޢާޔަތްކުރުމުން، މަޖުބޫރުކަމެއްނެތި، އަމިއްލަ އިޚްތިޔާރުގައި މަސްތުވެގެންހުރެ އިސްލާމީ ޝަރީޢަތުގައި ޤަޞްދު މަރެއްކަމުގައިބެލެވޭ ޢަމަލެއް މީހަކު ހިންގައިފިނަމަ، ޤަޞްދުގެ ނިޔަތް ނުވަތަ ޤަޞްދުގައި މީހަކު މެރުމުގެ ނިޔަތް އެމީހާގެ ކިބައިގައި ނެތްކަމަށް ކަނޑަނޭޅޭނެކަން އެނގޭކަމަށެވެ.
3.38. އެހެންކަމުން، މީހަކު މަރާލެވިދާނެފަދަ ހަތިޔާރެއްކަމަށްބެލެވޭ ވަޅިއެއް ބޭނުންކޮށްގެން، ޤާސިމް ޙަސަންގެ ކަރަށް އަދުޙަމ މުޙައްމަދް ޙަމަލާދިންއިރު، އަމިއްލަ އިޚްތިޔާރުގައި މަސްތުގެ ޙާލަތުގައި ހުރުމުން، ކުށުގެޢަމަލ ހިންގިއިރު މީނާގެ ކިބައިގައި ޤަޞްދު ނެތްކަމަށް ޤާނޫނީގޮތުނަ ނުބެލެވޭނެކަމަށް ދައުލަތުން ދެކޭކަމަށެވެ.
4.38. ފޭރެން އުޅުމުގެ ތެރޭގައި ވަޅިހެރުނުކަމަށް އަދުޙަމ މުޙައްމަދް ބުނެފައިވާކަމގައުވެ. މި މައްސަލައިގައި މަންޒަރުދުށް ހެއްކަކު ނެތްކަމަށް ދައުލަތުން ބުނެފައިވެއެވެ. އެހެންކަމުން ޤަޞްދުގައި ވަޅިހެރިކަނ ނުވަތް ނޫންކަން ބަލަންޖެހިފައިވަނީ ކަންހިނގިގޮތާއި، ޙާލަތާއި، ޤަރީނާތަކުން ފައުޅުވާކަންކަމުގެ މައްޗަށް ބިނާކޮށްކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-JC/04 މައްސަލައިގެ 32 ވަނަ ޕެރެގުރާފަށ ބެލުމުން ސާފުވާކަމގައެވެ.
5.38. ދިވެހިރާއްޖޭގެ ސޕްރީމު ކޯޓުގެ މުޙައްމަދު ނިޔާޒް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް )2021/SC-A/83) ޤަޟިއްޔާގެ 29 އަދި 30 ވަނަ ޕެރެގްރާފަށް ބަލާއިރު، ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ ވާޤިޢާއަށް، ކުށުގެ މޯޓިވް ދައްކައިދޭ ނުވަތަ އަންގައިދޭ ކޮންމެ ވާޤިޢާއަކީ، ކޯޓުން ގޮތެއް ނިންމަންޖެހިފައިވ ވާޤިޢާއާ ގުޅުންހުރި ވާޤިޢާއއްކަމަށް ބަޔާންކޮށްފައެ ވާކަމަށެވެ. އަދި އެ ވާޤިޢާތަކާމެދު ޝަރީޢަތަށް ސާބިތުވާގޮތް ކަނޑައަޅަން ޖެހޭނެކަމގައުވެ.
6.38. މި މައްސަލައިގެ ހާދިސާގައި، ޤާސިމް ޙަސަންގ ކަރަށް، އަދުޙމަ މުޙައްމަދް ގެންގުޅުނު، ގާތްގަނޑަކަށް 7 (ހަތެއް) އިންޗހުރި ވަޅީގެތިލަ އެއްކޮށް ވަދެފައިވާކަމަށް ޚުދުމީނާ، ތަޙުޤީޤުގައާއި ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމަށް ދައުލަތުން ބުނެފައިވެއެވެ.
7.38. އަދުޙަމ މުޙައްމަދް ގެންގުޅުނު ވަޅު ތޫނުކޮށްފައިވުމާއި، ޤާސިމް ޙަސަންއަށް ޙަމަލާދީފައިވަނީ ފުރަގަހުން ކުއްލިއަކަށްކަމަށްވާއިރު، ޤާސިމް ޙަސަންގެ ކަރަށް ޙަމަލާ ދިނުމުގެ ކުރިން އަތާއި އިނގިލި ތައް ޒަޚަމްވެފައި ވާކަމަށެވެ. ޤާސިމް ޙަސަންއަށް ދިންޙަމަލާއިން ސަލާމަތްވާން މަސައްކަތްކޮށް ހަޅޭއްލަވަން ފެށުމުން، ހަޅޭއްނުލެވުމަށް އަދުޙަމ މުޙައްމަދް އެންގުމުން އެގޮތުގެމަތިން ޢަމަލުނުކުރުމުން، ކަރަށް ޙަމަލާދީފައި ވާކަމަށެވެ. އަދި ކަރަށް ޙަމަލާދިނުމަށްފަހު، ކާރުން ނުކުމެ، ވަޅުގަނޑަކަށް ވަޅި އެއްލާލައި، ޙަމަލާދިންއިރު ލައިގެންހުރި އަންނައުނު ފޮރުވައި، އަންނައުނު ބަދަލުކުރުމުގެ ޢަމަލުތަކަކީ، ކުށުގެ ޢަމަލު ފޮރުވުމަށް މީނާކޮށްފައިވާ ކަންކަނކްމގައެވެ.
8.38. ބުނެވިދިޔަ ވާޤިޢާތަކަކީ އަދޙުމް މުޙައްމަދުގެ ބަހުންނާއި، ހެކި ޤރީނާއިނަ ވަޒަންކުރުމުން ސާބިތުވާ ކަންކަންކަމަށެވެ. އަދި އެ ވާޤިޢާތައް ނަފީވާފަދަ ހެއްކެއް ނުވަތަ ސަބަބެއް އަދުޙަމް މުޙައްމަދުގެ ފަރާތުން ހުށަހަޅާފައި ނުވާކަމަށެވެ.
9.38. އެހެންކަމުން، ބަޔާންކުރެވުނު ވާޤިޢާތަކުން ގއިމުކުރެވާ ޙއްޖަތުގެ އަލީގައި، މި މައްސަލައިގައި ކަނޑައެޅެންއޮތީ، ޤާސިމް ޙަސަންއަށް އަދުޙަމް މުޙައްމަދު ޙމަލާދީފައިވަނީ، ރުޅިވެރިކަމާއި، ޢަދާވާތްތެރިކަމާއި، އަނިޔާވެރިކަމާ އެކުގައިކަމަށެވެ. އަދި އަދުޙަމް މުޙައްމަދުގެ ޙަމަލާއަކީ، ޤަޞްދުގައި މީނާ ދީފައިވާ ޙަމަލާއެއްކަމަށެވެ.
10.38. ޤާސިމް ޙަސަންއަށް އަދުޙަމ މުޙައްމަދް ދިންޙަމަލާގައި ޤަޞްދއޮތްތު އިތުރަށް ބަލާއިރު، އަދުޙަމް މުޙައްމަދުގެ ކުށުގެ ޢަމަލުތަކުގެ ފެށުމަކީ، ގޭގެކުލި ދައްކަންޖެހިގެން، އެކަމަށް ފައިސާ ފޭރުމަށް ޤަޞްދުކޮށް، އެ ޢަމަލުތައް ނާކާމިޔާބު ނުވާނެގޮތްތަކާއި، ފަޅައިނާރާނެ ގޮތުގެމައްޗަށް ވިސްނައި، ކުށްކުޅައުމަށް މީނާ ނުކުތީ ރޭވުންތކަ ކަށް ފަހުގައިކަމަށެވެ. އެގޮތުން، ފަސޭހައިން ފޭރެވޭނ ދޮށީ ޢުމުރުގެ މީހެއްކަމާއި، ރަށުމީހަކަށް ޙަމަލާދީފިނަމަ ފަޅައިއެރުމުގެ ފުރސުތާމެދު މީނާ ވިސްނާފައިވާކަން އެނގޭކަމަށެވެ. އެހެންކަމުން، ކުށުގެ ޢަމަލު ހިންގުމުގައި ވަޅިހެރުނީކަމަށ ބެލެވެން ނެތްކަމަށާއި، ކުށުގެ ޢަމަލު ހިންގުމުގެ ޤަޞްދު، އަދުޙަމް މުޙައްމަދުގެ ކިބައިގައި އޮތްކަމުގައެވެ. އަދި ވަޅި ހެރުނުކަމަށް އަދުޙަމ މުޙައްމަދް ދައްކާވާހަކައަކީ ޙަޤީޤަތެއްނެތް ބުނުމެއްކަމަށެވެ.
11.38. ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 57 ވަނަ ނުކުތާއިން ފެށިގެން 62 ވަނަ ނުކުތާގެ ނިޔަލަށް ބަލާއިރު، ބުނެވިދިޔަ ކަންކަން ޝަރީޢަތުން ވަޒަން ކުރައްވާފައިވާކަމަށެވެ. އަދި މަތީގައި ބަޔާންކުރެވުނު ޤާނޫނީ ބިނާތަކަށާއި، މި މައްސަލައިގައިހުރި ހެކިތަކަށް ބަލާއިރު، ޙަމަލާދިންއިރު، އަދުޙަމް މުޙައްމަދު ހުރީ މަސްތުވެގެންކަމަށާއި، މީނާގެ އަތުން ވަޅިހެރުނީކަމަށ މީން ބުނާ ބުނުމަކީ، އަސާސެއްނެތް ބުނުމެއްކަން އެނގޭކަމަށާއި، ޤާނޫނީ ހަމައިން ބަލާއިރު، އެ ބުނުން ބަލައިގަނެ، މި މައްސަލައިގައި އަދުޙަމް މުޙައްމަދު އަށް ދިފާޢުވެވެނ ނެތްކަމަށް ޝަރީޢަތުން ކަނޑައަޅުއްވާފައި ވާކަމަށެވެ.
39ކުށުގެ ޢުންޞުރުތައް ސާބިތު ކުރެވިފައިވާގޮތާމެދު ދައުލަތުން ފާހަގަކޮށްފައިވާ ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.39. ދައުލަތުން އަދުޙަމް މުޙައްމަދުގެ މައްޗަށްކުޅަ ދަޢުވާއަކީ، ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ދަޢުވާކަމަށެވެ. ދައުލަތުގެ ދަޢުވާ ސާބިތުކުރުމަށް 3 (ތިނެއް) ރުކުނެއް ފުރިހަމަވާން ޖެހޭކަމަށެވެ.
2.39. އެގޮތުން، ފުރަތަމަ ރުކުނަކީ، ނިޔައުވި މީހާއަކީ ލެއިގެ ރައްކާތެރިކަން ލިބިގެންވާ ދިރިހުރި އިންސާނަކަށް ވުންކަމަށެވެ. ޤާސިމް ޙަސަންގެ ލެއ ހުއްދަވާފަދަ އެއްވެސް ސަބަބެއްނެތްކަމަށެވެ. އަދި މައްސަލައިގައި ހުށަހަޅާފައިވާ ހެކިޤަރީނާއާއި އަދުޙަމް މުޙައްމދުގަ ބަޔާންތަކުގެ މައްޗަށަ ބިނާކޮށް، އަދުޙަމ މުޙައްމަދް ޙަމަލާ ދިނުމުގެކުރިން ޤާސިމް ޙަސަން ދިރިހުރިކަމާއި، ޙަމަލާއަށްފަހު، މީނާ ތަންދޫކޮށ ގޮސްފައިވާކަން އެނގޭކަމަށެވެ. ވީމާ، ފުރަތަމަ ރުކުން ދައުލަތނު ސާބިތް ކޮށްދީފައިވާކަމަށެވެ.
3.39. ދެވަނަ ރުކުނަކީ، ކުށްކުރި މީހާގެ ޢަމަލުގެ ނަތީޖާއެއްގެގޮތުން މަރުވުންކަމަށެވެ. އަދުޙަމް މުޙައްމަދު ޙަމަލާދިނުމަށް ބޭނުންކުރި ގާތްގަނޑަކަށް 6 (ހައެއް) އިންޗިހުރި ވަޅިން ޤާސިމް ޙަސަންގެ ކަރަށްދީފައިވާ ޙަމަލާގެ ސަބަބުން ނާރުތައްބުރިވެ، ގިނަމިންވަރަކަށް ހަށިގަނޑުން ލެއިއޮހޮރިފައި ވާކަމަށެވެ. ޤާސިމް ޙަސަން ނިޔައުވެފައިވަނީ ކަރަށްލިބުނު ޒަޚަމުތަކުގެ ސަބަބުންކަން ހެކިޤަރީނާއިން ދައުލަތުން ސާބިތު ކޮށްދީފައިވާކަމަށެވެ. އެހެންކަމުން، ޤާސިމް ޙަސަން ނިޔައުވެފައިވަނީ އަދުޙަމް މުޙައްމަދުގެ ޢަމަލުތަކުގެ ނަތީޖާއެއްގެ ގޮތުންކަން ދައުލަތުން ސާބިތު ކޮށްދީފައިވާކަމަށެވެ.
4.39. ތިންވަނަ ރުކުނަކީ، މެރުމުގެ ޤޞްދައޮވެގެން ކުށުގެ ޢަމަލު ހިންގުންކަމަށެވެ. އަދުޙަމް މުޙައްމަދު ކުށުގެ ޢަމަލު ހިންގާނެގޮތް ރާވައި، ކުށްކުރުމަށ ވަޅިއެއް ހޯދައި، ވަޅިތޫނުކޮށް، ޤާސިމް ޙަސަންގެ ކަރަށް ޙަމަލާ ދީފައިވާތީ، މައްސަލައިގެ ވަށައިގެންވާ ކަންކަމާއި ހެކިޤަރީނާއަށް ރިޢާޔަތްކޮށް، ޤާސިމް ޙަސަން މެރުމުގެ ޤޞަދުއޮތްކަން ދައުލަތުން ސާބިތު ކޮށްދީފައިވާކަމަށެވެ.
5.39. ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 46 ވަނަ ނުކުތާއިން ފެށިގެން 56.10 ވަނަ ނުކުތއަށާ ރިޢާޔަތް ކުރުމުން، ބުނެވިދިޔަ ރުކުންތައް ޝަރީޢަތުން ވަޒަންކުރައްވައި، އެ ރުކުންތައް ދައުލަތަށް ސާބިތު ކޮށްދީފައިވާކަން ނުވަތަ ނޫންކަން އެނގޭކަމަށެވެ. އަދި އަދުޙަމް މުޙައްމަދުގެ މައްޗަށް، ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެކުށުގ ދަޢުވެ ސާބިތުވާކަމަށް، ކްރިމިނަލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ރަނގަޅަށްކަމަށް ދައުލަތުން ބުނެފައިވެއެވެ.
40ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގެ ޝަރީޢަތަކީ ޤާނޫނުއަސާސީއިން ޖިނާއީ ކުށުގެ ދަޢުވާލިބޭ ފަރާތްތަކަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ލިބިދީގެން ކުރިއަށް ގެންގޮސްފައިވާ ޝަރީޢަތެއްކަމަށެވެ. އެ ގޮތުން، ދަޢުވާލިބޭ ފަރާތަށް ސާފުވާނެހެނ ދަޢުވް އޮޅުންފިލުވައިދިނުމާއި، ޤާނޫނީ ވަކީލަކު ޢައްޔަންކުރުމުގެ ޙައްޤާއި، ކުށުން ބަރީޢަވުމަށް އެކަށީގެންވާ ވަސީލަތާއި ފުރުސަތު ލިބިދިނުމާއި، ހެކިން ހުށަހެޅުމަށް ކޯޓުގައި އެދުމުގެ ޙައްޤު އަދުޙަމް މުޙައްމަދުއަށް ލިބިދީފައި ވާކަމަށެވެ. އަދި ދަޢުވާލިބޭ ފަރާތުން އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާއެކު މައްސަލަ ކުރއަށި ގެންދިޔުމުގެ ފުރުސތުވެސަ ދެއްވާފައވާކަމަށެވެ. މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ވަކީލަކއެކާ ކަމުގައެވެ.
41ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 1 ވަނަ ނުކުތާއިން 5 ވަނަ ނުކުތާގެ ނިޔަލަށް ބަލާއިރު، އަދުޙަމް މުޙައްމަދުއަށް ލިބިގެންވާ ޙައްޤުތައް ޝަރީޢަތުގައި ސާފުކޮށްދީފައިވާކަމާއި، ބައެއް ޙައްޤުތަކުގެ ބޭނުންކޮށްފައި ވާކަމަށެވެ. އެގޮތުން، ވަކީލުގެ ފުރސުތއި، ލިޔުންތައް ލިބުމާއި، ހެކިތައް ބަލައި ދިރާސާކުރުމުގެ ބޭނުން ހިފާފައިވާކަމާއި، ހެކިންނާ ސުވާލުކުރުމުގެ ޙައްޤު ބޭނުންކޮށްފައިވާކަން އެނގޭކަމަށެވެ.
42މި މައްސަލައިގެ ތަޙުޤީޤު މަރުޙަލާއާއި ހައްޔަރުގެ މަރުޙަލާގައި އަދުޙަމް މުޙައްމަދުއާ ސުވާލުކުރެވުނުއިރު، ޤާނޫނީ އިންޒާރުދީ، ވަކީލެއްގެ ފުރުސަތު ދީފައިވާކަމަށާއި، ތަޙުޤީޤު ކުރިއަށްދިޔައ ޤާނޫނީ ވަކީލުގެ ޙާޟިރުގައިކަމަށެވެ.
43ވީމާ، މައްސަލައިން ދިފަޢުވުމަށް އެކަށީގެންވާ ވަސީލަތާއި ވަގުތު ލިބިފައިވާކަން އެނގޭ ކަމުގައެވެ.
44ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގައި، އަދުޙަމް މުޙައްމަދުގެ ކިބައިން ޤިޞާޞް ހިފުމަށް ކަނޑައަޅުއްވާފައިވަނީ ޤާސިމް ޙަސަންގެ ވާރިސުންނަކީ ކޮބައިކަން ބެލުމަށްފަހުގައި ކަމުގައެވެ. ޤާސިމް ޙަސަންގެ ވާރިސުން ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ދެ ހެކިން ކަމުގައިވާ ހއ. ކެލާ، ހިޔާވަހި، ޢަލީ ޠަލްޙަތއާއި، ހދ. ކުޅުދުއްފުށި، ރިހިއަވި، ޙަސަން އާދަމް، ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދެމުން ބުނެފައިވަނީ، ޤާސިމް ޙަސަން ނިޔައުވިއިރު، އޭނާގެ އަނތްބެއް، އަދި މައިންބަފައިނވެސް ދުނިޔޭގައި ނެތްކަމަށާއި، ވާރިސުންނަށްތިބީ ހަމައެކަނި، ޤާސިމް ޙަސަންގ 5 (ފަހެއް) ދަރިން ކަމުގައިވާ ޙުސައިން އީމނާ އާއި، އަޙްމަދު ހުޝާމިންއއާ، މުޙައްމަދު ޔާމިންއއާ، ފާޠިމަތު ރިސްތާއާއި، އިބްރާހީމް އީޤާން ކަމަށެވެ. އެހެންކަމުން، ޤާސިމް ޙަސަނގެ ވާރިސުންނަކީ ޤާސިމް ޙަސަން ނިޔް އަވިއިރު ދުނިޔޭގައި ތިބި 5 (ފަހެއް) ދަރި ންކަމަށް، ޝަރީޢަތުން ކަނޑައަޅުއްވާފައި ވާކަމަށެވެ.
45ޤާސިމް ޙަސަންގެ ވާރިސުންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުން، ހުރިހާ ވާރިސުންވެސް އަދުޙަމް މުޙައްމަދުގެ މައްޗަށް ކަނޑައަޅަން ބޭނުންވާ އަދަބަކީ މަރަށް މަރުހިފުމުގެ އަދަބުކަމުގައި ބުނެފައިވާކަމުގައެވެ.
46ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގައި، އަދުޙަމް މުޙައްމަދުގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށް، ސާބިތުވާކަމަށް ކަނޑައަޅުއްވައި އެކުށުގެ ޢުޤޫބާތެއްގެގޮތުން އަދުޙަމް މުޙައްމަދު މެރުމަށް ޙުކުމް ކުރައްވާފައިވަނ، ޤާނޫނު ނަންބަރ 17/2010 ގެ 5 ވަނަ މާއްދާގެ (ނ)ގެ ދަށުންކަމަށެވެ. އަދި އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ރ)ގައި، މަރުގެ އަދަބު ތަންފީޒީ ކުރުމުގެކުރިން، އެއްވެސް މަރުޙަލާއެއްގައި، މަރާލެވިފައިވާ މީހާގެ ވާރިސުން، ކުށް ސާބިތުވެފައިވު މީހާގެ އަތުން، ނުވަތަ އޭނާގެ ޢަޞަބަތްތެރިންގެ އަތުން މަރުގެދިޔަ ހޯދައި، މަޢާފުދީފިނަމަ ނުވަތަ މަރުގެދިޔަ ހޯދުމަކާނުލައި މަޢާފުދީފިނަމަ، މަރަށްމަރު ހިފުމަކާނުލައި، އޭނާގެ މައްޗަށް ތަޢުޒީރީގޮތުން ޢުމުރަށް ޖަލަށްލުމުގެ އަދަބު ކަނޑައަޅަންވާނެކަމަށް ބަޔާންކޮށްފައި އޮތުމުން، އަދުޙަމް މުޙައްމަދުގެ މައްޗަށް ކަނޑައެޅުނީ މަރުގެ އަދަބު ކަމުގައިވިޔަސް، މަރުގެ އަދަބު ތަންފީޒީ ކުރުމުގެކުރީގެ އެއްވެސް މަރުޙަލާއެއްގައި، ޤާސިމް ޙަސަންގެ ވާރިސުން އަދުޙަމް މުޙައްމަދުއަށް މަޢާފުދީފިނަމަ، މަރުގެ އަދަބު ތަންފީޒީ ކުރެވިގެން ނުދާނެކަމަށް ކަނޑައަޅުއްވާފައި ވާކަމަށެވެ.
47ކުށުގެ ޢަމަލު ހިންގިއިރު، އަދުޙަމް މުޙައްމަދަކީ ބާލިޣުވެ، ބުއްދި ސަލާމަތުންހުރި މީހެއްކަމުގައެވެ. އަދުޙަމް މުޙައްމަދުގެ ޢަމަލުގެ ސަބަބުން ނިޔއަވެފައިވަނީ، ލެއ ޙުރުމަތްތެރި ކުރެވިފައިވާ އިންސާނެއްކަމަށެވެ.
48ޤާސިމް ޙަސަންއާއި އަދުޙަމް މުޙައްމަދަކީ ދީނުގެ ގޮތުންނާއި މިނިވަންކަމުގެގޮތުން ހަމަހަމަ ދެ މީހުން ކަމުގައެވެ. މި ދެ މީހުންގެ މެދުގައި ޤިޞާޞްހިފުން މަނއަ ވާފަދު ތިމާގެކަމެއް ނެތްކަމަށެވެ. ޤާސިމް ޙަސަންގެ ވާރިސުނގް ފަރާތުން އޭނާގެ މަރުގެ ބަދަލުގެގޮތުގައި ބޭނުންވަނީ މަރަށް މަރުހިފުންކަމަށް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމަށެވެ. އަދުޙަމް މުޙައްމަދުގެ ފަރާތުން، މަރުގެ އަދަބު ތަންފީޒު ކުރުމުގެކުރިން، މަޢާފުކޮށްދިނުން އެދިފައިވާކަމަށެވެ. މި މައްސަލައިގައި ޤިޞާޞްނޫން އެހެންބަދަލެއްގެ މައްޗަށް ޞުލްޙަވެފައިވެސް ނުވާކަމަށެވެ.
49އެހެންކަމުން، އިސްލާމީ ޝަރީޢަތުގައި ޤިޞާޞްހިފުމަށް ލާޒިމުވާ ޝަރުޠުތައް އަދުޙަމް މުޙައްމަދުގެ ކިބައިގައި ފުރިހަމަވެފައިވާކަމަށް ދައުލަތުން ދެކޭކަމަށެވެ.
50އިސްތިއުނާފުރައްދުވާ ފަރާތުން ދީފައިވާ ޖަވާބާ ގުޅިގެން އިތުރަށް ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައިއެވަނީއެވެ.
1.50. މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހަތަރު ނުކުތާގައިވާ ކަންކަމަށް އަދުޙަމް މުޙައްމަދުގެ ފަރާތުން ދެކޮޅުހަދާފައިނުވާތީ، އަދި އެކަންކަން އެގޮތުގެމަތިން ހިނގާފައިވާކަމަށް އަދުޙަމް މުޙައްމަދު ވިދާޅުވެފައިވާތީ، ދައުލަތުން ހުށަހަޅާފައިވާގޮތަށް، ކްރިމިނަލް ކޯޓުގެ ނަންބަރު 2020/C-Cr/62 ޤަޟިއްޔގައާ އަދުޙަމް މުޙައްމަދު މެރުމަށް ކުރައްވާފައވި ޙުކުމަކީ ޝަރުޢީ އަދި ޤާނނޫ ހަމަތަކީ އެއްގޮތްވާގޮތުގެމަތިން ކުރައްވާފއިވަ ޙުކުމެއްކަމަށާއި، އަދި އެ ޙުކުމަކީ ނިހާއީ ޙުކުމެއްކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުގެ ފަރާތުން އެދޭކަމަށް ބުނެފައިވެއެވެ.
51އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "ކްރިމިނަލް ކޯޓުގް ނަންބަރު 62/Cr-C/2020 ޤަޟިއްޔާއިން، ޅ. ހިންނަވަރު، […] އަދުޙަމ މުޙައްމަދް މެރުމަށް ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުރައްވާފައިވާ ޙުކުމެއްކަމަށާއި، މި ޙުކުމަކީ ނިހާއީ ޙުކުމެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދެމެވެ." އިސްތިއުނާފު ރައްދުވާފަރާތުން ދައްކާފައިވާ ވާހަކަ
52މި މައްސަލައާ ގުޅިގެން އަދުޙަމް މުޙައްމަދުގެ ފަރާތުން ހުށަހެޅި ޖަވާބު ފޯމާއި، ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
53ދައުލަތުގެ ފުރަތަމަ ނުކުތާގައި، ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގައި ޝަރީޢަތަށް ހުށަހެޅުނު ހެކި ޤަރީނާ، ސާބިތުކުރުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށާއި، އެ ހެކިތަކުން އަދުޙަމް މުޙައްމަދުގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގު ކުށް އެއްވެސް ޝުބހުއެއްނެތ މިންވަރަށް ސާބިތުވާކަން ކަށަވަރު ކުރުމުގެގޮތުނ ހުށަހަޅާފައިވް ނުކުތާއާ ގުޅިގެނނާއި، މި މައްސަލައިގެ ދަށުކޯޓުގެ ނިންމުމުގައި ހެކި ވަޒަން ކޮށްފައިވާގޮތާ ގުޅޭގޮތުން، އަދި އެ ނުކުތާގައި ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމގުޅިގެނާ އަދުޙަމް މުޙައްމަދުގެ ފަރާތުން ފާހަގަކުރާނެ ކަމެއްނެތކްމަށް ބުނެފައިވެއެވެ. އަދި އަދުޙަމް މުޙައްމަދު ކުށަށް އިޢތިރާފުވާކަމަށު ބުނެފައިވެއެވެ.
54ދައުލަތުގެ ދެވަނަ ނުކުތާގައި، ކްރިމިނަލް ކޯޓުގައި ޝަރީޢަތް ހިންގުނުއިރު ކުށެއްކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހަކަށް ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އެންމެހައި ޙައްޤުތައް އަދުޙަމް މުޙައްމަދުއަށ ލިބިދީފައިވާކަން ކަށަވަރުކުރުމާ ގުޅޭގޮތުން، މި މައްސަލައިގައި ދައުލަތުން ހުށަހެޅި ފޯމުގެ 2.1 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން، އަދުޙަމް މުޙައްމަދުއަށް ދަޢުވާ އޮޅުންފިލުވައިދިނުމާއި، ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމުގެ ޙައްޤާއި، ކުށުން ބަރީޢަވުމަށް އެކަށީގެންވާ ވަސީލަތާއި ފުރުސަތު ލިބިދިނުމާއި، ހެކިން ހުށަހެޅުމަށް ކޯޓުގައި އެދުމުގެ ޙައްޤު ލިބިދީފައވާކަމި ގައެވެ. މީގެތެރެއިން ބައެއް ޙައްޤުތަކުގެ ބޭނުން އަދުޙަމ މުޙައްމަދް ހިފާފައިވާކަން ކަށަވަރު ކުރެވޭކަމަށާއި، ދަށުކޯޓުގައި މައްސަލަ ކުރއި ށ ގެންގޮސްފައިވަނީ ދައުލަތުން ބަޔާން ކޮށްފައިވާފަދައިން ވަކީލަކާ އެކުގައިކަމަށެވެ. އަދި ދަޢުވާއިން ދިފާޢުވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބިފައިވާކަމަށް ގަބޫލުކުރެވޭކަމަށާއި، މި މައްސަލައިގެ ތަޙުޤީޤު މަރޙު ލާގައިވެސް ވަކީލެއްގެ ފުރަ ސުތު އަދުޙަމ މުޙައްމަދް ލިބިގނަ ފައ ވާކަމަށެވެ.
55އެހެންކަމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގެ ޝަރީޢަތް ހިންގުނުއިރު، ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހަކަށް ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އެންމެހައި ޙައްޤުތައް އަދުޙަމ މުޙައްމަދަށް ލިބިދީފައިވާކަން އަދުޙަމް މުޙައްމަދުގެ ފަރާތުނު ގބޫލުކުރަ ކަމުގައެވެ.
56ތިންވަނަ ނުކުތާގައި، ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާއިން އަދުޙަމް މުޙައްމަދުގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދު ގައި މީހަކު މެރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އެކުށުގެ ޢު ޤޫބާތެއްގެގޮތުން އަދުޙަމ މުޙައްމަދް މެރުމަށް ޙުކުމްކޮށްފައިވާތީ، އިސްލާމީ ޝަރީޢަތުގައި ޤިޞާޞްހިފުން މަނއަކުރާ ސަބަބެއް އަދޙަމު މުޙައްމަދުގެ ކިބައިގައި ފުރިހަމަވެފައި ނެތްކަން ކަށަވަރުކުރުމާ ގުޅޭގޮތުން، ދައުލަތުން ހުށަހެޅި ފޯމުގެ 3.1 ވަނަ ނުކުތާގައި، ފާހަގަކޮށްފައިވާ ފަދައިން، ޤާސިމް ޙަސަންގެ ވާރިސުން ސާބިތުކުރުމަށް ޝަރީޢަތުގައި ހެކިބަސް ނަގާފައިވާކަމަށެވެ. އަދި ޤާސިމް ޙަސަންގެ ވާރިސުންނަކީ 5 (ފަހެއް) ދަރިންކަމަށ ޝަރީޢަތުން ކަނޑައަޅުއްވާފައިވަނީ ރަނގަޅަށްކަމަށް އަދުޙަމ މުޙައްމަދް ދެކޭކަމުގައެވެ.
57ކްރިމިނަލް ކޯޓުގައި ވާރިސުންގެ ހެކިބަސް ނެގުމުން، ހުރިހާ ވާރިސުންވެސް އަދުޙަމް މުޙައްމަދުގެ މައްޗަށް ކަނޑައަޅަން ބޭނުންވާ އަދަބަކީ، މަރަށްމަރު ހިފުމުގެ އަދަބުކަމުގައި ބުނެފައިވާތީ، ދައުލަތުން މި ނުކުތާގައި ފާހަގަކޮށްފައިވާގޮތަށް އިސްލާމީ ޝަރީޢަތުގައި ޤިޞާޞްހިފުން މަނާކުރާ ސަބަބެއް އޮތްކަމުގައި އަދުޙަމް މުޙައްމަދު ނުދެކޭ ކަމުގައެވެ.
58ހަތަރުވަނަ ނުކުތާގައި، ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގައި އަދުޙަމް މުޙައްމަދުގެ ކިބައިން ޤިޞާޞްހިފުމަށް ކަނޑައެޅުއްވުމުގައި، ޤާސިމް ޙަސަންގެ ވާރިސުންގެ ބަސް ނަންގަވުފައިވަނީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރި މާ ގުޅޭގޮތުން، ދައުލަތުން އަދުޙަމު މުޙައްމަދުގެ މައްޗަށްކުޅަ ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާގެ ހުރިހާ ޢުންޞުރުތައް އެއްވެސް ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވެފައިވާތީ، ޤާނޫނު ނަންބަރު 2010/17 ގެ 5 ވަނަ މާއްދާގެ (ހ)ގެ ދަށުން، ތޫނު އެއްޗއެ ބޭނުންކށްގެނޮ ޤަޞްދުގައި މީހަކު މެރުމުގެ ކުށުން، އަދުޙަމ މުޙައްމަދް ކުށްވެރިވެއްޖެކަމަށް ކަނޑައަޅާފައިވާކަމުގައެވެ. އަދި ޤާސިމް ޙަސަންގެ ވާރިސންނަކީ ކޮބައިކަން ބެލުމަށްފަހު، އެ 5 (ފަހެއް) ވާރިސުން ކޯޓަށް ޙާޟިރުކޮށް، އަދަބު ކަނޑައެޅުމުގައިލިބޭ އިޚްތިޔާރުތަކަކީ ކޮބައިކަން ވާރިސުންނަށް ސާފުކޮށްދީފައި ވާކަމަށެވެ. އެކަންކަން ސާފުކޮށްދިނުމަށްފަހު، ވާރިސުން ކަނޑައެޅުމަށްއެދޭ އަދަބަކީ މަރަށްމަރު ހިފުންކަމަށް ބުނެފައިވާކަމަށެވެ.
59އެހެންކަމުން، ޤާސިމް ޙަސަންގެ ވާރސުންގިބަސް ނަންގަވފައިވަނާ، ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތންކަމުގައި އިދުޙަމް މުޙައްމަދުގެ ފަރާތުން ދެކޭކަމށަ ބުނެފައިވެއެވެ.
60އަދުޙަމް މުޙައްމަދުގެ ޖަވާބާ ގުޅިގެން ދައުލަތުން ދައްކާފައިވާ ވާހަކައާ ގުޅޭގޮތުން އަދުޙަމް މުޙައްމަދު ހުށަހަޅާ ކަންކަމަށް ފުރސު ތ އެރުވުމުން، އިތުރުކަމެއް ފާހަގަކުރަން ނެތްކަމަށް އަދުޙަމް މުޙައްމަދުގެ ފަރާތުން ބުނެފައިވެއެވެ.
61މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
1.61. މައްސަލައިގައި އެދޭގޮތް ފުރިހަމަނުކޮށްވާ ސަބަބާމެދު ޝަރީޢަތުން ސުވާލުކުރުމުން، އެކަމަށް ޤާނޫނީ ވަކީލު މަޢާފަށް އެދިވަޑައިގެން، އެދޭގޮތް ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދީފައިވެއެވެ.
2.61. ޖަވާބުފޯމު ތައްޔާރުކުރުމަށާއި، އެދޭގޮތާމެދ ޤާނޫނު ވަކީލާއެކު މަޝްވަރާ ކުރެވުނުތޯއާއި، ޖަވާބުފޯމު ފެނިފައިވޭތޯ ޝަރީޢަތުން އަދުޙަމް މުޙައްމަދުއާ ސުވާލުކުރުމުން، ޖަވާބުފޯމު ފެނިފައިވާކަމަށާއި މަޝްވަރާ ކުރެވުނުކަމަށް އަދުޙަމް މުޙައްމަދު ވިދާޅުވެފައިވެއެވެ.
3.61. އަދުޙަމް މުޙައްމަދުގެ މައްޗަށް ސާބިތުވި ޤަޞްދގައު މީހަކު މެރުމުގެ ކުށުގެ މާއްދީ ރުކުނާއި މަޢުނަވީ ރުކުން ދަށުކޯޓުން ކަށަވަރުކޮށް، ގއިމުކޮށްފާ އ އޮތްގޮތް ރަނގަޅުތޯ ޝަރީޢަތުން ސުވާލުކުރުމުން، އަދުޙަމް މުޙައްމަދުގެ ފަރާތުން ގބޫލުކުރަނަ މާއްދީ ރުކުނާއި މަޢުނަވީ ރުކުން ރަނގަޅުކަމަށް ޖަވާބު ދެއްވާފައިވެއެވެ. އަދި އޭގެމާނައކީ، ކުށުގެ ޢަމަލު ހިނގާފައިވާ ގޮތާއި އަދި ކުށުގެ ނިޔަ ތއޮތްކަން ދަށުކޯޓުން ކަނޑައެޅި ކަނޑައެޅުން ޞައްޙަކަމަށް ދެކެވަޑައިގަންނަވނަތޯ ޝަރީޢަތުން އިތުރަށް ސާފުކުރުމުން، ޖަވާބުގައި "އާދެ" ވިދާޅުވެފައިވެއެވެ.
62އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ޖާވާބު ފޯމުގައި އެދޭގޮތުގެބައި ފުރިހަމަކޮށްފައިނުވާތީ، އެދޭގޮތް ބަޔާންކުރުމަށް ޝަރީޢަތުން އެންގުމުން، ދައުލަތުން ހުށަހަޅާފައިވާ ކަންކަމާ ގުޅޭގޮތުން ފަނޑިޔާރުން ގޮތެއްކަނޑައަޅައި ދިނުމަށް އެދުމުން، އަދުޙަމް މުޙައްމަދުގެ ފަރާތުން އެދޭގޮތެއް ވިދާޅުވެދެއްވުމަށް ޝަރީޢަތުން އަންގާފައިވެއެވެ. އެއަށްފަހު އަދުޙަމް މުޙައްމަދުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "ކްރިމިނަލް ކޯޓުގެ ނަންބަރު 2020/C-Cr/62 ޤަޟިއްޔާއިން ޅ.ހިންނަވަރު، […] އަދުޙަމް މުޙައްމަދު މެރުމަށް ކުރައްވާފައި ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރައްވާފައިވާ ޙުކުމެއްކަމަށް ކަނޑައަޅައި ދެއްވުން އެދެން." ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
63މި މައްސަލައަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގެ ނިންމެވުމަކީ، ނިހާއީ ނިންމުމެއްކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކަށްވެފައި، މި މައްސަލައަކީ، ޤާނޫނު ނަންބަރު 201022/ (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 32 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަކަށްނުވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބެލުމުގެ އުޞޫލު ތަފާތުވާނެކަމަށް ދެކެމެވެ. އެހެން ޖިނާއީ އަދަބުތަކާ ޚިލާފަށް މަރުގެ އަދަބަކީ ތަންފީޒުކުރުމަށްފަހު ބަދަލުނުކުރެވޭނެ އަދަބަކަށްވާތީ، މަރަށް މަރުހިފުމުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން އަދަބުގެ ނިހާއީކަން ކަށަވަރުކުރުމުގެ އުޞޫލުތަކެއް ސައުދީ އަރަބިޔާ، އީރާން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި ޕާކިސްތާނުފަދަ ޤައުމުތަކުން ބަލައިގނަ ފައިވެއެވެ. މި ޙާލަތުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރަންޖެހޭކަމަކީ، ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ރ)ގައިވާ ގޮތުމަތިން މައްސަލަ އަލުން ބެލންކަމަށް ދެކެމެވެ.
64މި މައްސަލައިގައި ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި ދަޢުވާއަކީ، އަދުޙަމް މުޙއަ މަދު، 04 ޑިސެމްބަރ 2019 ދުވަހު 21:06 އެހައިކަށްހައިއިރު، ރަޖިސްޓަރީ ނަންބަރު 65AB1A/T87 ޓެކްސީގައި ހުޅުލެއިން ހުޅުމާލެއަށްގޮސް، އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ހިމެނޭ ސަރަޙައްދުން ރީތިގަސްމަގާ ކުރިކީލަމަގު ގުޅުނު ކަންމަތިނ ޓެކްސް ލަނބާލިވަގުތު، މީނާ ޓެކްސީގެ ޑރައިވަރު ސީޓުގެ ފަހަތުސީޓުގައި އިނދެފައި، މީނާގެ އަތުގައިއޮތް ތިލައިގެ ދިގުމިނުގައި ގާތްގަނޑަކަށް 6 (ހައެއް) އިންޗިހުރި ވަޅިއަކުން އެވަގުތު ޓެކްސީ ދުއްވަންއިނ ޤާސިމް ޙަސަންގެ ކަރަށް ޤަޞްދުގައި ޙަމަލާދިނުމުގެ ސަބަބުން ޤާސިމް ޙަސަން ނިޔައުވެފައިވާތީ، ޤާނޫނު ނަންބަރު 2010/17 ގެ 5 ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ، އެ މާއްދާގެ
(ނ)ގެ ދަށުން، އަދުޙަމް މުޙައްމަދުގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގް ކުށުގެ ދަޢުވާއެވެ.
65ޕްރިސިޑެންސް 2ޤާނޫނު ނަންބަރު 2010/17 ގެ 5 ވަނަ މާއްދާގެ (ހ)ގައި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޙައްޤަކާނުލައި މީހަކު މަރައިފިނަމަ، ޤަޞްދުގައި މީހަކު މެރުމުގެކުށުން އެމީހަކު ކުށްވެރިވާނެކަމަށް ބުނެފައިވެއެވެ. އަދި އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ނ)ގައި، އެ މާއްދާގެ (ހ) އާއި
(ށ)ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ މަރުގެ އަދަބކަމަށު ބުނެފައިވެއެވެ.
66ޤާނޫނު ނަންބަރު 2010/17 ގެ 5 ވަނަ މާއްދާގެ (ހ)ގައިވާ ކުށުގެ ޢަމަލު ފުރިހަމަވުމަށްޓަކައި، މީހަކު މަރާލިކަމާއި، މީހަކު މަރާލާފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެންކަމާއި، އެ ކަންކުރީ ޙައްޤަކާނުލައިކަމަށް ވާންޖެހޭނެއެވެ. އެ ޢަމަލުތަކުން ފުރިހަމަވާ ކުށަކީ، ޤަޞްދުގައި މީހަކު މެރުމުގެކުށވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 47 ވަނަ ނުކުތާގައި ދަޢުވާގައިވާ ކުށުގެ ރުކުންތައް ބަޔާންކޮށްފައިވަނީ ޤާނޫނީ އުޞލޫ އެއްގޮތަށްކަމަށް ދެކެމެވެ.
67ޤާނޫނު ނަންބަރު 2010/17 ގެ 5 ވަނަ މާއްދާގެ (ނ)ގައި، ކުށުގެ އަދަބަކީ މަރަށްމަރުކަމަށް ބުނެފައިވާއިރު، ޤަޞްދު މަރުގެ އަދަބަކީ ޤިޞާޞް ކަމަށްވާއިރު، އެކަމުގެމައްޗަށް ކީރިތި ޤުރުއާނުން ދަލީލުލިބެއެވެ. Prof. Dr. Anwarullah,The Criminal Law of Islam (A.S. Noordeen 1997) page 67. ކީރިތި ޤުރުއާންގެ އަލްބަޤަރާ ސޫރަތުގެ 178 ވަނަ އާޔަތުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. ُوفِ َعْرِالْمَاعٌ بِّبَاتَيْءٌ فِن ْ أَخِيه ِ شَه ُ مِي َ لُفَن ْ عَمَى ٰ ۚ فْلُْنثِاَى ٰ بنث َاِالْعَبْد ِ وْلُْ َبْد ُ بَالْعُرِّ وِالْحُرُّ بَى ۖ الْحِي الْقَتْلَاصُ فِصُمُ الْقَلَيْكِب َ عُتُوا كَّذِينَ آمَنَا الُّهَا أَيي " "َلِيم ٌ َابٌ أَذَلَهُ عِكَ فَٰلَعْدَ ذَدَى ٰ بَنِ اعْتَمَة ٌ ۗ فَرَحْمُم ْ وِّكَّبِّن رَخْفِيفٌ مت ِك َ َٰلَان ٍ ۗ ذِإِحْسِلَيْهِ بَاءٌ إَدَأو މާނައަކީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخ އާގެ ފަރާތުން قصاص ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (ވާރުތަވެރިޔާ) ހެޔޮގޮތުގައި މަރުގެ ދިޔައަށްއެދުން ހުށްޓެވެ. އަދި މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) إحسان ތެރިކަމާއެކު އެދިޔަ
68ޤަޞްދުގައި މީހަކު މެރުން ނުވަތަ ޤަޠުލް ޢަމްދުގެ ރުކުންތަކުގެ ތެރެއިން ފުރަތަމައީ، މަރާލެވުނު މީހާއަކީ ދިރިހުރި އަދި ރައްކައުތެރިކަން ލިބިގެންވާ އިންސާނެއް ކަމުގައިވުމެވެ. ދެވަނަ ރުކުނަކީ، އެ މީހަކު މަރުވެފައިވަނީ މުއްތަހަމުގެ ޢަމަލުގެ ނަތީޖާއެއްގެ ގޮތުންކަމަށްވުމެވެ. އަދި ތިންވަނައީ، އެ މީހަކު މަރާލުމުގެ ނިޔަތް މުއްތަހަމުގެ ކިބައިގައިއޮތުމެވެ. ދައުލަތުން ހުށަހެޅި ފޯމުގެ 1.35 އިން 1.37 އަށް ބަޔާންކޮށްފައިވާ އަދި މި ނިންމުމުގެ 39 ވަނަ ނުކުތގައާ ބަޔާންކޮށްފައިވަނ ރަނގަޅީ ޤާނޫނީ އުޞޫލުތައްކަމަށް ދެކެމެވެ.
69ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ހ)ގައި، މީހެއްގެ މައްޗަށް މަރުގެ ޙުކުމް ކުރުމަށްޓަކައި، ދައުލަތުން ކުށުގެ އެންމެހައި ރުކުންތައް ސާބިތުކޮށްދޭން ވާނެކަމަށާއި، އަދި އެމީހަކު އެކުރި ކުށަކީ އެހެން އެއްވެސް ކުށަކަށްވުރެ ބޮޑު ކުށެއްކަމާއި، އަދި އެ ކުށް ކުރުމުގެ ނިޔަތް އެމީހެއްގެ އޮތްކަން ޢަމަލީގޮތުން ޔަޤީންކުރެވޭ މިންވަރަށް ދައުލަތުން ސާބިތުކޮށްދޭންވާނކަމަށް ބުނެފައިވެއެވެ. އަދި އަރިމަތީ ސުރުޚީގައެ "ޙުކުމް އަމިއްލަ ޒާތުގައި އިސްތިއުނާފު ކުރެވުނު" ލިޔެފައިވާ، ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمة އެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوة ތެރިވެއްޖ މީހެ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުށްޓެވެ." ކީރިތި ޤުރުއާންގެ އަލްމާއިދާ ސޫރަތުގެ 45 ވަނަ އާޔަތުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ . ۚ َُّهَّارَةٌ لَفُوَ كَهِهِ فَّقَ بَدَصَن تَمَاص ٌ ۚ فِصُوحَ قُرَالْجِّنِّ وِالسِّنَّ بنِ وَالس ِاُنَ بْلُْذُ َاْلَْنفِ وْلُْذ ِاْلَْنفَ بَاِالْعَيْنِ وَالْعَيْنَ بَّفْسِ وِالنَّفْسَ بَنَّ النَا أِمْ فِيهَلَيْهَا عَبْنَكَتو " "ُون َ ِمَّالُمُ الظِكَ هُولَٰئَأف َا أَنزَلَ ا َُّّلل ِمُم بَحْكَّم ْ يَن لَمو މާނައަ ކ: " އެ توراةގައި އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ (قصاصގެ أصول) ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން، نفس އަކަށް نفس އެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. زحم ތަކަކީ قصاص ހުރި ކަމެކެވެ. ފަހެ، އެކަން މާފުކޮށްފި މީހާޔަށް އެއީ كفّارة އެކެވެ. އަދި ﷲ ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ." ކީރިތި ޤުރުއާންގެ އަލްއިސްރާ ސޫރަތުގެ 33 ވަނަ އާޔަތުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. " ًاُورمَنص َانَ ك َّهإِنُ ۖالْقَتْلِ ِّيف ِفُسْري َلَ ف ًاَانُلْطس ِّهَلِيِِول َاَلْنَعج َدَقْف ًاُوممَظْل ِلَُتق َنَمو ِۗالْحَقِّ ب ِل َّإ ا َُّّلل َّمَرَ ح ِيَّتال َّفْسَ الن ُواَقْتُلت َل َو " މާނައަ ކ: " އަދި ތިޔަބައިމީހުން، ﷲ ޙުރުމަތްތެރިކުރައްވާފައިވާ ނަފްސެއް ޙައްޤަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ولىވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، قتل ކުރުމުގައި އޭނާ اسراف ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެ ولىވެރިޔާއަކީ، نصرލިބިގެންވާ މީހެއް ކަމުގައިވިއެވެ." Prof. Dr. Anwarullah,The Criminal Law of Islam (A.S. Noordeen 1997) page 34.
(ރ)ގައި، ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ޙުކުމް ކޮށްފިނަމަ، އެ ޙުކުމްގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަންހިނގާފައިވާގޮތް ދިވެހިރާއްޖޭގެ މަތީމަރުޙަލާގެ ކޯޓުތަކުން އަލުން ބަލަންވާނެ ކަމަށް ބުނެފައިވެއެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާ ގެ ޝަރީޢަތް އެ ކޯޓުގައި ހިންގުނުއިރު، ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހަކަށް ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އެންމެހައި ޙައްޤުތައް އަދުޙަމް މުޙައްމަދަށް ލިބިދީފައިވާކަން ކަށަވަރުކުރުން.
70މި ނިންމުމުގެ ނުކުތާ 40 އިން 43 އަށް އަދި ނުކުތާ 54 އިން 55 ވަނަ ނުކުތާއަށް ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، ތަޙުޤީޤު މަރުޙަލާގައި ޤާނޫނީ އިންޒާރު ދިނުމާއި ވަކީލެއްގެ ފުރުސތަ ލިބިދީފައިވާކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި ތަޙުޤީޤު މަރުޙަލާއާއި ދަށުކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި ވަކީލެއްގެ އެހީތެރިކަން ހޯދާފައިވާކަމަށް ދައުލަތުން ބުނެފައިވާއިރު، އެކަންކަން އެގޮތުގެމަތިން ހިނގާފައިވާކަމަށް މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން ސާފުވެއެވެ.
71ދައުލަތުން ހުށަހެޅި ފޯމުގެ ދެވަނަ ނުކުތާއާ ގުޅިގެން، އަދުޙަމް މުޙައްމަދުގެ މައްޗަށް ހުށަހެޅުނު ދަޢުވާ އޮޅުންފިލުވައިދީ، ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމުގެ ޙައްޤާއި، ކުށުން ބަރީޢަވުމަށް މަސައްކަތް ކުރުމުގައި، އެކަށީގެންވާ ވަސީލަތާއި ފުރުސަތު ލިބިދިނުމާއި، ހެކިން ހުށަހެޅުމަށް ކޯޓުގައި އެދުމުގެ ޙައްޤު އަދުޙަމް މުޙައްމަދުއަށް ލިބިދީފައިވާކަމާއި، ދަށުކޯޓުގެ ޝަރީޢަތް ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނީ ވަކީލަކާ އެކުކަމަށް މީނާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވެއެވެ. އޭގެތެރެއިން ބައެއް ޙައްޤުތަކުގެ ބޭނުން އަދުޙަމ މުޙައްމަދް ހިފާފައިވާކަމަށާއި، ދިފާޢުވުމަށް އެކަށީގެ ންވ ވަގުތާ ލިބުނުކަމަށް މީނާ ގަބޫލުކުރާކަމަށް ބުނެފައިވެއެވެ. އަދި ކުށެއްގެ ދަޢުވާ އުފުލިފައިވާ މީހަކަށް ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް މީނާއަށް ލިބިދީފައިވާކމަށަ އަދުޙަމް މުޙައްމަދު ގބޫލުކުރާކަމަށަ މީނާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވެއެވެ.
72ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 1 ވަނަ ނުކުތާއިން 9 ވަނަ ނުކުތާއަށް ބެލުމުން، އަދުޙަމް މުޙައްމަދުއަށް ދަޢުވާއާއު ކުށްސާބިތުވެއްޖެނަމަ ލިބޭނެ އަދަބު ސާފުކޮށްދީފައިވާކަމާއި، މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނީ ވަކީލާއެކުކަމާއި، ވަކީލަށް ލިޔުންތައް ލިބިފައިވާކަން ކަށަވަރުކޮށްފައިވާކަން އެނގެއެވެ. އަދުޙަމް މުޙައްމަދުގެ ފަރާތުން ދައުލަތާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާކަމާއި، މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި ކުށަށް އިޢުތިރާފުވުމުން އަވަސްނިޔާގެ ޝަރީޢަތުގެ އަޑުއެހުމެއް ބާއްވާފައިވާކަން އެނގެއެވެ.
73ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާ އާ ގުޅިގެން ބޭއްވުނު އަވަސްނިޔާގެ ޝަރީޢަތުގެ މަޖިލީހުގައި، އަދުޙަމ މުޙައްމަދް ދަޢުވާއަށް އިންކާރުކުރަމުން ބުނެފައިވަނީ، މީނާ ޤަޞްދުގައި މީހަކު ނުމަރާކަމަށާއި، ފުލުހުންގެ ބެލުމުގެދަށުގައި މީނާ ބަހައްޓާފައިވަނީ މަސްތުގެ ޙާލަތުގައިކަމަށާއި، މީނާއަތުގައ މަސްތުވާތަކެތި ހުރިކަމަށާއި، އެތަކެތި ހުސްވުމުން ފުލުހުންގެ ޚަރަދުގައި މީނާއަށް މަސްތުވާތަކެތި ދީފައިވާކަމަށާއި، މީނާ ހަމަބުއްދިއަށް އައިސްފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެދަށަށް ދިޔުމަށްފަހުކަމަށެވެ. މިފަދަ ތުހުމަތުތަކެއް އަދުޙަމް މުޙައްމަދގު ފަރާތުން ކޮށްފައިވާތީ، އެކަންކަން ބެލުމުގެ ފުރުސަތަކަށް މީނާގެ ވަކީލުގެ ފަރާތުން އެދިފައިވެއެވެ. އަދި މިކަންކަން ދައުލަތުން އިތުރަށް ބެލުމުން އެކަންކަމުގައި ޙަޤީޤަތެއް ނެތްކަން ސާފުވެފައިވެއެވެ.
74ޕްރިސިޑެންސް 5އަވަސްނިޔާގެ ޝަރީޢަތުގެ މަޖިލީހުގައި އަދުޙަމް މުޙައްމަދު ދަޢުވާއަށް އިންކާރުކޮށްފައިވާތީ، މި މައްސަލައިގެ އިބްތިދާއީ މަރުޙަލާ އަލުން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ޝަރީޢަތުގެ ކުރީގެ ހުށަހެޅުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 11 ވަނަ ނުކުތާއިން 15 ވަނަ ނުކުތާއަށް. ދެވުނު ފުރު ސ ތުގައި، އަދުޙަމް މުޙައްމަދުގެ ފަރާތުން އެފަދަ ހުށަހެޅުމެއް ހުށަހަޅާފައިނުވެއެވެ. އެހެންކަމުން، ދައުލަތުގެ ފަރާތުން މި މައްސަލައިގައި ހުށަހަޅާފައިވާ ހެއްކާމެދު އަދުޙަމް މުޙައްމަދުގެ ފަރާތުން ސުވާލު އުފައްދައި، ބަހުސްކުރުމަށްއޮތް ފުރުސަތު ޤާނޫނީހަމަތަކުގެމަތިން ނިމުމަކަށް އައިސްފައިވާކަމަށް ބަލަންޖެހެއެވެ.
75ޕްރިސިޑެންސް 6އިބްތިދާއީ މަރުޙަލާ ދެވަނަ ފަހަރަށް ފެށުމުން، މީނާ ދަޢުވާއަށް އިންކާރުކުރުމަކީ، ބަޔަކުމީހުން މީނާ ބޮލަށްއެރިގެން ކުރުވިކަމެއްކަމަށްބުނެ އިޢުތިރާފެއްކަމަށް ބައްޓަންވާގޮތަށް އަނެއްކާވެސް އަދުޙަމް މުޙައްމަދު ވާހަކަދައްކާފައިވާއިރު، ކްރިމިނަލް ކޯޓުން މައްސަލައިގެ އަޑުއެހުންތައް މިހައިހިސާބުން ކުރިއަށް ގެންގޮސްފައިވަނީ އަދުޙަމ މުޙައްމަދް ދަޢުވާއަށް އިންކާރު ކޮށްފައިވާކަމަށް ބަލައިގެންކަމަށް ބެލެވޭއިރު، މިއީ މިޙާލަތުގައި ޤާނޫނީގޮތުން ރަނގަޅު އިޖުރާއަތެވެ.
76މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައިވެސް، މައްސަލައިގެ ލިޔުންތައް ލިބިފައިނުވާކަމަށާއި ލިޔުންތަކުގައިވަނީ އަދުޙަމް މުޙައްމަދުގެ އިނގިލީގެ ނިޝާންނޫންކަމަށް ބުނެފައިވާތީ، އެކަންކަން ދައުލަތުގެ ފަރާތުން އިތުރަށް ބެލުމުން، އެ ލިޔުންތަކުގައިވަނީ މީނާގެ އިނގިލީގެ ނިޝާންކަން އެންގިފައިވެއެވެ.
77އަދުޙަމް މުޙައްމަދުގެ ފަރާތުން މި މައްސަލައިގެ ތަޙުޤީޤު މަރުޙަލާއާއި އިބްތިދާއީ މަރުޙަލާގައި އިޢުތިރާފު ވުމަށްފަހު، އެ އިޢުތިރާފުތަކުން ރުޖޫޢަވެފައިވާއިރު، ދައުލަތުގެ އިދާރާތަކުގެ މައްޗަށް ތުހުމަތުގެ އިނގިލި ދިއްކޮށް، އަދުޙަމް މުޙައްމަދުގެ ބުނުންފިޔަވައި އިތުރު އަސާސެއްނެތި ދައްކާފައިވާ ވާހަކަތައް ކްރިމިނަލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން އިތުރަށް ބަލާފައިވެއެވެ. އަދި އަދުޙަމް މުޙައްމަދުގެ ފަރާތުން ދައްކަން ބޭނުންވާ ވާހަކަތަކަށް، މީނާ ތަމްސީލުކުރާނެ ޤާނޫނީ ވަކީލަކު، ލިޔުންތައް ބަލައި، ތައްޔާރުވެގެން ޝަރީޢަތަށް އައިސް ދެއްކުމުގެ ފުރުސަތު ދެ މަރުޙަލާގައިވެސް ޝަރީޢަތުން ދިނުމަށްފަހު، އަދުޙަމް މުޙައްމަދާ މެދު ނާއިންސާ ފުން ޢަމަލުކޮށްފައިވާކަމަށް މީނާ ދައްކާވާހަކަތަކުގައި ޙަޤީޤަތެއް ނެތްކަން ޝަރީޢަތުން ކަށަވަރުކޮށްފައިވެއެވެ.
78އަދުޙަމް މުޙައްމަދުގެ ފަރާތުން ދިފާޢުގައި ކަންކަން ހުށަހެޅު މުގެ ފުރުސތަ ލިބިދީފައިވެއެވެ. އެގޮތުން، ކުށުގެ ޢަމަލު ހިންގިއިރު މީނާ ހުރީ މަސްތުގެ ޙާލަތުގައިކަމަށާއި، ދަޢުވާގައިވާކުށް ނުކުރާކަމަށާއި، އެއީ މީނާ ދެނަހުރިކަމެއްވެސ ނޫންކަމަށް ބުނާބުނުމާއި، ޤާސިމް ޙަސަންއަށް ލިބިފައިވާ ޒަޚަމަކީ މީނާ ޤޞަދުގައިދިން ޒަޚަމެއް ނޫންކަމުގެ މައްޗަށް، ވަކީލަކާއެކު ޝަރީޢަތުގައި ވާހަކަދެއްކުމުގެ ފުރުސތަ އަދުޙަމް މުޙައްމަދުއަށް ލިބިފައިވެއެވެ.
79ބުނެވިދިޔަ ކަންކަމަށް ރިޢާޔަތް ކުރުމުން، ދައުލަތުގެ އިދާރާތަކާ ގުޅޭގޮތުން އަސާސެއްނެތް ވާހަކަތަކުގެ މައްޗަށް ބިނާކޮށް ތުހުމަތުގެ އިނގިލިދިއްކޮށް، ޝަރީޢަތުގެ މަރުޙަލާގައި މި މައްސަލައިގެ ދަޢުވާއާއި ވަށައިގެންވާ ކަންކަމާގުޅޭގޮތުން އެކިފަހަރު އެކިގޮތަށް ވާހަކަދެއްކުމުގައި އަދުޙަމް މުޙައްމަދުގެ އެއްވެސް ފަރުވާލެއް ނެތްކަން އެނގެއެވެ. ފާއިތުވިތަނުގައި އަދުޙަމް މުޙައްމަދުގެ ޢަމަލުތައް ހުރިގޮތަށް ބަލާއިރު، މިއީވެސް ޝަރީޢަތަށް އޮޅުވާލުމުގެ ނިޔަތުގައި މީނާ ޤަޞްދުގައި ކުރާކަމެއްކަމަށް ބުރަވެވެއެވެ.
80ބުނެވިދިޔަ ކަންކަމުގެ ތެރެއިން އަދުޙަމް މުޙައްމަދުގެ ފަރާތުން ދައްކާފައވި ވާހަކަތައް އެއްފަރާތް ކުރުމަށްފަހު، ދެންހުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރުމުން، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ ދަށުން، ހައްޔަރާއި ބަންދުކުރެވޭ މީހުންގެ ޙައްޤުތަކާއި، ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގައިވާ ގޮތުގެމަތިން ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރސުތާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) އިން (ކ)އަށް ބަޔާންކޮށްފައިވާ ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހުންގެ ޙައްޤުތައް ލިބިދީފައިވާކަމާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ)ގައިވާ ގޮތުގެމަތިން، ކުށުން ބަރީޢަވުމަށް އެކަށީގެންވާ ވަގުތާއި ވސަލަތ ލިބިދީފައިވާކަމަށް ޤާނޫން ހަމަތަކުން ބަލަންޖެހެއެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގައި ޝަރީޢަތަށް ހުށަހެޅުނު ހެކި ޤަރީނާ، ސާބިތުކުރުމުގެ ވސަލަތެއްގ ގޮތުގައެ ބޭނުންކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އޞު ލުތަކާ އެއްގޮތަށްކަމާއި، މި ހެކިތަކުން އަދުޙަމް މުޙައްމަދަގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެކުށ އެއްވެސް ޝުބުހާއެއްނެތ މިންވަރަށް ސާބިތުވާކަން ކަށަވަރުކުރުން.
81މި ނިންމުމުގެ 74 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާ ގުޅޭގޮތުން އަދުޙަމް މުޙައްމަދުގެ ފަރާތުން ޝަރީޢަތުގެ ކުރީގެ ހުށަހެޅުމެއް، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 117 ވަނަ މާއްދާއާއި 119 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިނުވެއެވެ. ދަށުކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި އަދުޙަމ މުޙައްމަދް ތަމްސީލުކުރާނެ ވަކީލަކު ހުރުމާއެކު، ދައުލަތުން ހުށަހެޅި ހެކިތައް ބަލައިގަނެ ފައިވާގޮތާމެދު، އިސްތިއުނާފީ މަރުޙަލާގައި ބަހުސްކުރުމުގެދޮރު ބަންދުވެފައިވާކަމަށް މި ޙާލަތުގައި ދެކެމެވެ.
82ދައުލަތުގެ ހުށަހެޅުމުގައިވާ ކަންކަމުގެ ތެރެއިން، މި ނިންމުމުގެ ނުކުތާ 21 އިން 39 ވަނަ ނުކުތއަށާ ބަޔާންކޮށްފައިވާ ކަންކަން އެގޮތުގެމަތިން ހިނގާފައިވާކަމަށް އަދުޙަމް މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިންކާރު ކޮށްފައިނުވެއެވެ. އަދި ދަށުކޯޓުގައި ހެކިވަޒަންކޮށް ވާޤިޢާ ޤާއިމުކޮށްފައިވާގޮތާމެދު އަދުޙަމް މުޙައްމަދުގެ ފަރާތުން ފާހަގަކުރާނެކަމެއް ނެތްކަމަށާއި، ކުށަށް އިޢުތިރާފުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މީނާ ބުނެފައިވެއެވެ. "އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމު( "15 އޭޕްރިލް 2026)ގެ 4 ވަނަ ޞުރުހީގެ ދަށުން ފުރަތަމަ ޕެރަގްރާފްގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންކޮށްފައިވާ ކަންކަން އަދި މި ނިންމުމުގެ 61.3 ވަނަ ނުކުތާ.
83އެހެންނަމަވެސް، މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކަންހިނގާފައިވާ ގޮތުގެމައްޗަށް ބިނާކޮށް، އަދޙުމް މުޙައްމަދުގެ ބަހުގެބޭރުން އެކަށައެޅޭ ވާޤިޢާތަކާއި އެކަންކަމަށް ބާރުދޭހެކިތަކުން ސާފުވާ ޙަޤީޤަތްތައް ހޯދައި ކަށަވަރުކުރުން މުހިއްމުކަމަށް ދެކެމެވެ.
84ދައުލަތުން އަދުޙަމް މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ ރުކުންތައް ފުރިހަމަވެފައިވާގޮތުގެ މައްޗަށް ބަލާއިރު، ޤޞަ ދުގައި މީހަކު މެރުމުގެ ކުށުގް އެއްވަނަ ރުކުންކަމުގައިވާ، މީހަކު މަރާލުން ސާބިތުކުރުމުގައި ފުރަތަމަ ރިޢާޔަތްކުރަންޖެހޭ ޤާނޫނީ އުޞޫލަކީ، މި ނިންމުމުގެ 68 ވަނަ ނުކުތގައާ ބަޔާންކޮށްފައިވާ ފަދައިން، މަރާލެވުނު މީހާއަކީ ދިރިހުރި އަދި ރައްކައުތެރިކަން ލިބިގެންވާ އިންސާނެއް ކަމުގައިވުމެވެ.
85ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 48 ވަނަ ނުކުތާއަށް ބަލާއިރު، 04 ޑިސެމްބަރ 2019 ދުވަހު، ޤާސިމް ޙަސަން ނިޔައުވެފައިވަނީ ކަރުގެ ވާތްފަރާތަށް ލިބިފައިވާ ޒަޚަމެއްގެ ސަބަބުންކަމަށް ބިނާކުރި ހެކިޤަރީނާއަށ ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ. އަދި ދައުލަތުން ބަޔާންކޮށްފައިވާ ފަދައިން، މި ޙާލަތުގައި ޤާސިމް ޙަސަންއަކީ ލެއިގެ ރައްކއަތެރިކަން ލިބިފައިވާ މީހެއްކަމަށް ބަލަންޖެހެއެވެ.
86ޤާސިމް ޙަސަންގެ ލެއިގެ ރައްކައުތެރިކަން ގެއްލިފައިވާކަމުގެ މައްޗަށް ބިނާކޮށް އެއްވެސް ބަހުސެއް އަދުޙަމް މުޙައްމަދުގެ ފަރާތުން އުފައްދާފައިނުވާއިރު، ޤާނޫނުއަސާސީގެ 21 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ މީހަކަށްމެ ލިބިގެންވާ، ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ޤާސިމް ޙަސަންއަށް ލިބިގެންވާކަމަށް ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެމަތިން ބަލަންޖެހެއެވެ. މި ނުކުތާގައި، ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގތޮ ގެ ރިޕޯޓގު 50 ވަނަ ނުކުތާގައި ޤާސިމް ޙަސަން މަރާލާފައިވަނީ ޙައްޤަކާނުލައިކަމުގެ މައްޗަށް ފަނޑިޔާރު ބަޔާންކުރައްވާފައިވާ ކަންކަން އެގޮތުގެމަތިން ހުރިކަމަށްދެކެމެވެ.
87ޤާސިމް ޙަސަން ނިޔައުވެފައިވަނީ އަދުޙަމް މުޙައްމަދުގެ ޢަމަލުގެ ނަތީޖާއެއްގެ ގޮތުންތއާއި ޤާސިމް ޙަސަނޯ މަރާލުމުގެ ނިޔަތްއޮތްތޯ ބަލާއިރު، ޤާސިމް ޙަސަންއަށް ޙަމަލާދިނުމުގެ ހާދިސާ ހިނގާފައިވަނީ ޓެކްސީ ތެރޭގައިކަމަށް ބެލެވޭއިރު، ޤާސިމް ޙަސަންގެ ޓެކްސީ ތެރެއިން އަދުޙަމް މުޙައްމަދުގެ ފިންގަރޕްރިންޓު ފެނިފައިވެއެވެ. އަދި ޤާސިމް ޙަސަންއަށް ޙަމާލާދިނ ވަޅިން ޤާސިމް ޙަސަންއާއި އަދުޙަމް މުޙައްމަދުގެ ޑީ.އެން.އޭ ފެނިފައިވެއެވެ. މި ކަންކަމުގެ މައްޗަށް ބިނާކޮށް، ޤާސިމް ޙަސަންއަށް ޙަމަލާދިން ތަނުގައި އަދުޙަމ މުޙައްމަދް ހުރިކަމާމެދު އެއްވެސް ޝުބުހާއެއްނެތެވެ. އަދި އަދުޙަމް މުޙައްމަދުގެ ފަރާތުން ހާދިސާ ހިނގިގޮތްކަމަށް ދައްކާފައިވާ ވާހަކަތަކުގެ ތެރޭގައި، ޤާނޫނީގޮތުން ގަބޫލުކުރެވޭ ވާޤިޢީ ޙަޤީޤަތްތަކެއވެސް އެކުލެވިގެންވާކަމަށް މިހައިހިސާބުން ބަލަންޖެހެއެވެ.
88ޕްރިސިޑެންސް 3އެގޮތުން، ޤާސިމް ޙަސަންއަށް ޙަމަލާދިންއިރު އަދުޙަމ މުޙައްމަދް ލައިގެންހުރި އަދި ފަހުން ބަދަލުކޮށް ފޮރުވި އަންނައުނު، އަދުޙަމ މުޙައްމަދް ބުނިތަނުން ފުލުހުންނަށް ފެނިފައިވެއެވެ. އަދި ޤާސިމް ޙަސަންއަށަ އަދުޙަމ މުޙައްމަދް ޙަމަލާދިން ވަޅވެސި ފެނިފައިވަނީ އަދުޙަމް މުޙައްމަދު އެ ވަޅިއޮތްކަމަށްބުނެ މީނާ ދެއްކިތަނުންނެވެ. ފޭރުމުގައި ބޭނުންކުރުމަށް އަދުޙަމް މުޙައްމަދު "ކެފޭ ހައިވް"އިން ވަޅިއެއް ހޯދިކަމަށް މީނާ ބުނެފައިވާއިރު، ޤާސިމް ޙަސަންއަށް އަދުޙަމ މުޙައްމަދް ޙަމަލާދިން ބާވަތުގެ ވަޅިއަކީ "ކެފޭ ހައިވް"އިން ގެންދިޔަ ބާވަތުގެ ވަޅިއެއްކަން އެންގިފައިވެއެވެ. އަދި ފޭރުމުގެ ތެރޭގައި، ދެއްކުންތެރިކަމުގެ ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 53 ވަނަ ނުކުތާ އަދި ދައުލަތުގެ ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު H1(c)/FCR/2019/122 "ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯރޓު". ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 53 ވަނަ ނުކުތާ އަދި ދައުލަތުގެ ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 0001/2020/DAR)/bH1( "ޑީ.އެން.އޭ ތަޙްލީލު ރިޕރޯ ޓު". ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 53 ވަނަ ނުކުތާ އަދި ދައުލަތުގެ ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝަރީފުލް އިސްލާމް (ޕާސްޕޯޓު ނަންބަރު )، މައްސަލައިގައި ތުހުމަތުކުރެވޭ އަދުޙަމ މުޙައްމަދް "ކެފޭ ހައިވް"އިން ގެންދިޔަކަމަށްބުނާ ވަޅި އައިޑެންޓިފައިކޮށްފައިވާ ފޮޓޯ އައިޑެންޓިފިކޭޝަން. ބޭނުމަށް ވަޅިއެއް ހޯދުމުގެ ބަދަލުގައި، އަނިޔާއެއްދެވޭ ނުވަތަ މަސްގަނޑު ކަފާލެވޭފަދަ މަޤުޞަދު ހާސިލުވާނެ ވަޅިއެއް މީނާ ހޯދާފައިވާކަން އެނގެއެވެ.
89ޤާސިމް ޙަސަންއަށް އަދުޙަމ މުޙައްމަދް ޙަމަލާދީފައިވަނީ ޑުރައިވަރު ސީޓުގެ ފަހަތުގައި އިނދެގެންކަމަށާއި ހެޑްރެސްޓުގައި ވަޅިއެޅުނުކަމަށް އަދުޙަމ މުޙައްމަދް ބުނެފައިވާއިރު، ޤާސިމް ޙަސަން ދުއްވި ކާރުގެ ކުރީސީޓުގެ ހެޑްރެސްޓު ކަފައިގެންގޮސްފައިވާކނަ ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓާއި ފިޒިކަލް އެގްޒްމިނޭޝަން ރިޕޯޓުން އެނގޭއިރު، ކަންހިނގާފައިވަނީ އަދުޙަމ މުޙައްމަދް ކިޔައިދިންގތަށްކަމަށޮ ބާރލިބުއެވެ. އަދި ހާދިސާ ހިނގިދުވަހު އަދުޙަމ މުޙައްމަދް އުޅުނުކަމަށްބުނާ ތަންތަނުގެ ސީ.ސީ.ޓީވީ ފުޓޭޖުން އަދުޙަމ މުޙައްމަދް އެ ދުވަހު އެ ތަންތަނުގައި އުޅެފައިވާކަމުގެ މައްޗަށް ބާރުދީފައިވެއެވެ. މީގެއިތުރުން، އަދުޙަމް މުޙައްމަދު އެދުވަހު ލައިގެންއުޅުނ އަންނައުނު ސީ. ސީ. ޓީވީ ފުޓޭޖުން ވަކިކުރެވިފައިވެއެވެ.
90ޤާސިމް ޙަސަންއަށް ޙަމަލާދިނުމަށް އަދުޙަމ މުޙައްމަދް ބޭނުންކުރިވަޅިން، އެ ދެމީހުންގެ ޑީ. އެން. އޭ ފެނިފައިވާއިރު، އަދި ޤާސިމް ޙަސަންއަށް ތޫނުއެއްޗަކުން އަނިޔާތަކެއ ދީފައިވާކަން އެނގޭއިރު، އެ ޙަމަލާތައް ދީފައިވަނީ އަދުޙަމ މުޙައްމަދް ގެންގުޅުނު ވަޅިންކަމަށް ބަލަންޖެހެއެވެ. އެހެނީ، އަދުޙަމް މުޙައްމަދު ޤާސި މ ޙަސަންއަށް ޙަމަލާދިންކަމަށްބުނެ މީނާ ދެއްކިވަޅިން، ޤާސިމް ޙަސަންގެ ޑީ. އެން. އޭ ފެންނަންޖެހޭ އެހެންއެއްވެސް ސަބަބެއްނެތަތީއެވެ. ޤާސިމް ޙަސަންއަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ކަރުގެ ވާތްފަރާތުގައި ޒަޚަމއް ހުރިއިރު، އެ ޒަޚަމަކީ އަދުޙަމ މުޙައްމަދް ގެންގުޅުނު ވަޅީގެ ޒަޚަމެއްކަމަށް އަދުޙަމ މުޙައްމަދް ބުނެފައިވެއެވެ. މިކަމުގައި އަދުޙަމް މުޙައްމަދުގެ ބަހަކީ، ވަޅިހެރުނީކަމގައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 876/1920/SCOR)/gH1( "ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯރޓް". މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 63R/2019/PE)/hH1( "ފިޒިކަލް އެގްޒެމިނޭޝަން ރިޕޯރޓް". މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 23/2020/VIAR)/aH1( "ޕްރިލިމިނަރީ ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯރޓް".
91ޤާސިމް ޙަސަންއަށް ލިބިފައިވާ އަނިޔާތަކަކީ އަދުޙަމ މުޙައްމަދް ޤޞަ ދުގައި ހިންގި ޢަމަލެއްނޫންކަމަށް މީނާ ބުނެފައިވާއިރު، އަދި އަދުޙަމ މުޙައްމަދް ބޭނުންވީ ޤާސިމް ޙަސަންގެ ކިބައިން ފޭރެންކަމަށް މީނާ ބުނެފައިވާއިރު، އެކަމަށް ތައްޔާރުވުމުގެގޮތުން އަދި މަގުފަހިކުރުމަށް މީނާ ގެންގޮސްފައިވަނީ ވަޅިއެކެވެ. އަދުޙަމް މުޙައްމަދުގެ މި ޢަމަލުން، އަނިޔާއެއް ދޭންޖެހިއްޖެ ޙާލަތެއްގައި އަނިޔާއއެ ދީގެންވިޔަސް ފޭރިގެން ފައިސާހޯދުމުގެ މަޤުޞަދު ހާސިލުކުރުމަށް، މީނާ ދުރާލައި ތައްޔާރުވެފައިވާކަން ދޭހަކޮށްދެއެވެ.
92ކާރުގެ ފަހަތުގައި އަދުޙަމް މުޙައްމަދު އިނދެފައި، ޤާސިމް ޙަސަންގެ ކަރުގައި ވަޅިޖެއްސިކަމަށް މީނާ ބުނެފައިވާއިރު، އެކަމަށް ބޭނުންކޮށްފައިވަނީ ހެޔޮވަރުވަރަކަށް ދިގތިލު އެއްލީ ވަޅިއެކެވެ. އަދުޙަމް މުޙައްމަދަ "ކެފޭ ހައިވް"އިން ވަޅި ހޯދާފައިވަނީ މަސްކަނޑަންކަމަށް ބުނެފައިވުމުން، ވަޅިއަކީ އޭރުވެސް އަނިޔާއެއް ދެވޭމިންވަރަށް ތޫނުވަޅިއެއްކަމާއި، މީނާ ގެ ތައްޔާރީތަކުގައި ޙަމަލާއެއް ހިމެނުމަކީ އެކަށީގެންވާ ކަމެއްކަން އަދުޙަމް މުޙައްމަދުގެ ތަޞައްވުރުގައި އޮތްކަން ދަލާލަތުކޮށްދެއެވެ. އަދުޙަމ މުޙައްމަދް ފޭރުމުގައި ވަޅިޖެއްސީ ކަރުގައިކަމށަ ބުނެފައިވާއިރު، ކަރަކީ މެރުމުގެ ފުރުސަތު އިތުރުވާފަދަ ގުނަވަނެއްކަމުގައިވެފައި، އަދުޙަމް މުޙައްމަދުގެ ކިބައިގައި ޤާސިމް ޙަސަންއަށް ޙަމަލާދިނުމުގއި މެރުމުގަ ނިޔަތް އޮތްކަމާމެދު ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނމުނުގޮތި ގ ރިޕޯޓުގެ 56 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަން އެގޮތުގެމަތިން ހުރިކަމަށް ދެކެމެވެ.
93ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނގޮތުގު ރިޕޯޓުގެ .556 ވަނަ ނުކުތާގައި، ޤާސިމް ޙަސަން މަރާލުމުގެ ނިޔަތް އަދުޙަމް މުޙައްމދުގަ ކިބައިގައި އޮތްނެތް ބެލުމުގައި، ޤާސިމް ޙަސަންގެ ކަރަށް ޙަމަލާދިނުމަށްފަހު އަދުޙަމް މުޙައްމަދުގެ ޢަމަލުތަކަށް ރިޢާޔަތްކޮށްފައިވެއެވެ. އެގޮތުން، ޤާސިމް ޙަސަން އެހީއަށް އެދުމުން، އެހީތެރިވެ ހޮސްޕިޓަލަށް ގެންދިޔުމުގެ ބަދަލުގައި، ނުވަތަ އެހީތެރިވެދޭނެ ބަޔަކަށް ފޯނުންގުޅައި އެހީލިބޭނެމަގު ފަހިކުރުމުގެ ބަދަލުގައި، އަދުޙަމ މުޙައްމަދް ތަންދޫކޮށް ފިލާފައިވުމުން، ޤާސިމް ޙަސަންއަށް ޙަމަލާދެވިފައިވަނީ އޮޅުމަކުންކަމަށް ނުވަތަ މީނާގެ އެ ޢަމަލުގައި ޤަޞްދު ނެތްކަމަށް އަދުޙަމް މުޙައްމަދު ދައްކާވާހަކަތަކުގައި ޙަޤީޤަތެއް އޮތްކަމަށް ބެލެވޭކަށްނެތެވެ. މީގެއިތުރުން، އަދުޙަމް މުޙައްމަދުގެ ޢަމަލުތައް ފޮރުވުމަށް އަންނައުނު ބަދަލުކޮށް، ކުރިންލައިގެންހުރި ގަމީހާއި ޙަމަލާދިން ވަޅި ފޮރުވާފައިވުމުން، ޤާސިމް ޙަސަން މެރުމުގެނިޔަތް އޮތްކަމާއި، ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމުގެ ރޭވުންތެރިކަމާއި ހޭވެރިކަން އަދުޙަމް މުޙައްމަދުގެ ކިބައިގއަ އޮތްކަމަށް ބަލަންޖެހެއެވެ.
94ޤާސިމް ޙަސަންގެ ކަރުގައި ވަޅިޖެއްސުމުން، ތެޅިގަތުމުގެ ތެރޭގައި ވަޅި ކަރަށްހެރުނީކަމަށް އަދުޙަމް މުޙައްމަދު ބުނާބުނުމާއެކުއެކީގައި، ޤާސިމް ޙަސަންގެ ކަރުގައިވާ ޒަޚަމްގެ ފުންމިނަށާއި ތަނުގެ ނާޒުކުކަމަށް ބަލާއިރު، ވަޅިހެރީކަމަށް ބުރަވެވެއެވެ. އަދި މިގޮތުގެމަތިން، ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނގޮތުގު ރިޕޯޓުގެ 56 ވަނަ ނުކުތާގައި، ޤާސިމް ޙަސަންއަށް އެފަދަ މަރުގެ ޙަމަލާ ދިނުމުގައި އަދުޙަމް މުޙައްމަދުގެ ނިޔަތްއޮތްކަމަށް ކަޑައެޅުއްވާފައިވަނ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް ދެކެމެވެ.
95ދައުލަތުން ހުށަހަޅާފައިވާ ފަދައިން، ޤާސިމް ޙަސަންގެ މެޑިކޯ ލީގަލް ރިޕޯޓަށް ބެލުމުން، ނިޔައުވުމުގެ ސަބަބަކީ ކަރަށްލިބިފައިވާ ޒަޚަމްތަކުން ލޭފައިބާ، ހެމޮރެޖިކް ޝޮކަށް ދިޔުމުންކަން އެނގޭއިރު، ޤާސިމް ޙަސަންގެ ކަރުގައިވާ ޒަޚަމަކީ އަދުޙަމ މުޙައްމަދް ޤަޞްދުގައި ވަޅިންޙަމަލާ ދިނުމުގެ ސަބަބުން ލިބުނު ޒަޚަމެކެވެ. އެހެންކަމުން، ޤާސިމް ޙަސަން ނިޔައުވެފައިވަނީ އަދުޙަމ މުޙައްމަދް ޤަޞްދުގައި ހިންގި ޢަމަލުގެ ސީދާނަތީޖާއެއްގެ ގޮތުންކަމާއި، ޤާސިމް ޙަސަން މަރާލުމުގެ ނިޔަތް އަދުޙަމް މުޙައްމަދުގެ ކިބައިގައި އޮތްކަމާމެދު ޝައްކެއްއުފެދޭފަދ ޤާނޫނަ ނުވަތަ ޝަރުޢީ ސަބަބެއްނެތެވެ.
96ޕްރިސިޑެންސް 4ޤާސިމް ޙަސަންއަށް ޙަމަލާދިންވަގުތު އަދުޙަމް މުޙައްމަދު ހުރީ މަސްތުގެ ޙާލަތުގައިކަމަށް މީނާ ބުނެފައިވެއެވެ. މި ބުނުމުގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ކަންކަމށަ ބަލާއިރު، ހާދިސާ ހިނގިތާރީޚުގައި އަދުޙަމ މުޙައްމަދް މަސްތުގެ ޙާލަތުގައިހުރީ، މީހަކު މީނާއަށް ގަދަކަމުން މަސްތުވާތަކެތި ދީގެން ނުވަތަ އޮޅުވާލައިގެން މަސްތުވާތެކެތި ދިނުމުގެ ސަބަބުން އަދުޙަމް މުޙައްމަދުގެ އިޚްތިޔާރުން ބޭރުން މަސްތުގައި ހުރެ ކަމަށް ބެލެވޭފަދަ ސަބަބެއން ތެވެ. 04 ޑިސެމްބަރ 2019 ދުވަހު އަދުޙަމް މުޙައްމަދު މަސްތުގެ ޙާލަތުގައހުރިނަމަ، މަސްތުގެ ޙާލަތުގައި ހުރީ އަމިއްލަ އިޚްތިޔާރުގައެވެ.
97އަދ ޙަމް މުޙައްމަދުގެ މައްޗަށް ދައުލަތުން ދަޢުވާކޮށްފައިވާ ޚާއްޞަ ޤާނޫނުގައި، ކުށްކުރިމީހަކު މަސްތުގެ ޙާލަތުގައިކުޅަ ޢަމަލުތަކާގުޅޭގޮތުނ އުޞޫލެއް ބަޔާންކޮށްފައިނުވާތީ، މި ޙާލަތުގައި އެކަމުގެމައްޗަށް ޤާނޫނުލްޢުޤޫބާތުގ 31 ވަނަ މާއްދާގެ (ށ)ގައިވާ އުޞޫލު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ތަޠުބީޤުކޮށްފައިވެއެވެ. ޤާނޫނުލްޢުޤޫބާތުގެ 31 ވަނަ މާއްދާގެ (ށ)ގައި، މީހަކު އަމިއްލަ އިޚްތިޔާރުގައި މަސްތުވުމުގެ ސަބަބުން، އޭނާ ކުރާ ޢަމަލަކުން ނުކުމެދާނެ ނަތީޖާ ވިސްނައިގަތުމަށް ނުކުޅެދިއްޖެނަމަ، އަދި މަސްތުވެގެންވާ ޙާލުގައި ނެތްނަމަ އެ ކަން އޭނާއަށް ވިސްނައިގަނެވުނީސްކަމުގައި ވާނަމަ، އޭނާގެ އެ ޢަމަލަކީ، އެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ބ)ގައި ބަޔާން ކޮށްފައިވާފަދަ، ފަރުވާކުޑަ ޢަމަލެއްކަމުގައި ބެލެވޭނެކަމަށް ބުނެފައިވެއެވެ.
98ޤާނޫނުލްޢުޤޫބާތުގެ 31 ވަނަ މާއްދާގެ (ށ)ގައިވާ ޙާލަތަކީ، އަމިއްލަ އިޚްތިޔާރުގައި މަސްވުމުގެ އިތުރުން، އެމީހެއްގެ ޢަމަލުތަކުން ނުކުންނާނެ ނަތީޖާ ވިސްނައިގަތުމަށް ނުކުޅެދިގެންވާ ޙާލަތަށް ވާންޖެހޭއިރު، އަދުޙަމް މުޙައްމަދުގެ އެ ދުވަހުގެ ޢަމަލުތަކަށް ބަލާއިރު، ވަކިނަތީޖާތަކެއް ނެރުމުގެ މަޤުޞަދުގައި ތޫނވަޅިއެއް ދުރާލައި ހޯދައި، ފަސޭހައިން ފޭރެވޭނީ ދޮށީޢުމުރުގެ މީހެއްކަމަށް މީނާ ބުނެފައިވުމާއި، ޤާސިމް ޙަސަންއަށް ޙަމަލާ ދިނުމަށްފަހު މީނާ ފިލުމާއި، ފިލުމުގެ ތެރޭގައި ލައިގެންހުރި ގަމީސް ބަދަލުކޮށް، ހާދިސާ ހިނގިއިރު ލައިގެންހުރި ގަމީހާއ ވަޅި ފޮރުވާފައިވާއިރު، މީނާކުޅަ ޢަމަލުގެ ނަތީޖާ ދެނެނުގަނެވޭ މިންވަރަށް މަސްތުވެފައިވާ މީހެއްގެ ޢަމަލާ ޚިލާފަށް، މީނާގެ ޢަމަލުތަކުގައި، ނުނިޔަތާއި، ވިސްނުމާއި ރޭވުންތެރިކަން މަތީދަރަޖައަކަށ ހުރިކަމަށް ބަލަންޖެހެއެވެ. އަދި ކްރިމިނަލް ކޯޓުގެ ނަންބަރު -62/Cr ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ނުކުތާ 43.18 އިން 43.20 ނުކުތާއަށް . ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 58 ވަނަ ނުކުތާ. C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމނުގު ތުގ ރިޕޯޓުގެ 57 ވަނަ ނުކުތާއިން 62 ވަނަ ނުކުތާއާ ށ ބަޔާންކޮށްފައިވާ އެންމެހައި ކަންކަމުގެ މައްޗަށް ބިނާކޮށް، މީނާ އަމިއްލަ އިޚްތިޔާރުގައި މަސްތުވެ ހުރުމުގެ ސަބަބުން، ޤާސިމް ޙަސަން މެރުމަށް އަދުޙަމް މުޙައްމަދުގެ ނިޔަތަށް އަސަރުކުރާފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް، މައްސަލަ ބެއްލެވި ފަނޑިޔާރު ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގައި، އަދުޙަމް މުޙައްމަދުގެ ކިބައިން ޤިޞާޞް ހިފުމަށް ކަނޑައެޅުއްވުމުގައި، ދަފްތަރު ނަންބަރު ރސ. 1596، މާލެ، ޤާސިމް ޙަސަންގެ ވާރިސުންގެބަސް ނަންގަވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިންކަން ކަށަވަރުކުރުން.
99ޤާސިމް ޙަސަންގެ ވާރިސުންނަކީ ކޮބައިކަން ދައުލަތުން ސާފުކުރުމަށްފަހު، ވާރިސުންގެ ގޮތުގައިތިބީ 5 (ފަހެއް) ދަރިންކަމަށްބުނ އެކަމުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހެކިހުށަހަޅައި، އެ މީހުންގެ ހެކިބަސްނަގައި، އެގޮތުގެމަތިން ވާރިސުން ކަނޑައަޅުއްވާފައިވެއެވެ. އަދި ވާރިސ ކޯޓަށު ޙާޟިރުކޮށް، އަދަބު ކަނޑައެޅުމުގައި ވާރިސުންނަށް ލިބިގެންވާ ޙައްޤުތައް ސާފުކޮށްދީފައިވެއެވެ. އަދި އެއަށްފަހު ޤާސިމް ޙަސަންގެ ހުރިހާ ވާރިސުންވެސް، އަދުޙަމް މުޙައްމަދުގެ މައްޗަށް ކަނޑައަޅަން ބޭނުންވާ އަދަބަކީ މަރަށްމަރުކަމަށް ބުނެފައިވެއެވެ.
100މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރީގައި މަޢާފު ދިނުމުގެ ޙައްޤު ވާރިސުންނަށް އޮންނާތީ، އަދުޙަމް މުޙައްމަދުއަށް މަޢާފުކޮށްދިނުމަށ އެދޭކަމަށް މީން ކްރިމިނަލް ކޯޓުގައި ބުނެފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލައިގެ ޝަރީޢަތް ކުރިއަށް ދިޔައިރު، އަދުޙަމް މުޙައްމަދުގެ ވަކީލުގެ ފަރާތުން ވާރިސުންނާ ބައްދަލުކުރުމަށް އެދުމުން، އެކަމަށް ވާރިސުން އިންކާރުކޮށްފައިވާކަން އެނގެއެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ނުކުތާ 64 އިން 65 ވަނަ ނުކުތާއަށް. ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާ ގެ 16 އޭޕްރީލް 2023 ދުވަހުގެ މަޙުޟަރު ބަޔާން، ޞަފުޙާ 3 އިން 9 އަށް.
101ދަށުކޯޓުން ވާރިސުންގެބަސ ޝަރީޢަތުން ނަގާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް، އަދުޙަމް މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވެއެވެ.
102އެހެންކަމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނގޮތުގު ރިޕޯޓުގެ 64 އިން 69 ވަނަ ނުކުތާއަށް ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވާރިސުންގެ ހެކިބަސްނަގައި، އަދުޙަމް މުޙައްމަދުގެ މައްޗަށް މަރަށްމަރު ހިފުމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް ދެކެމެވެ.
103ޕްރިސިޑެންސް 7ޤަޞްދުގައި މީހަކު މެރުމުގެ މައްސަލައެއްގައި ކޯޓުން ކޮށްފައިވާ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމުގެ ބޭނުމަށް، އިސްތިއުނާފީ މަރުޙަލާގައި މައްސަލަ ކުރިއަށްދާއިރު ވާރިސުން ޙާޟިރުކޮށް، ވާރިސުންގެ ފަރާތުން ކުށްވެރިޔާއަށް މަޢާފުކުރަންތޯ ޝަރީޢަތުން ސުވާލުކޮށް، އަލުން ބަލަންޖެހޭކަމަށް ނުދެކެމެވެ. އެހެނީ، މަޢާފުކުރުމަކީ ވާރިސުންގެ މައްޗަށް ވާޖިބުކަމެއް ނޫނެވެ. މަރަށްމަރު ހިފުމަކވެސީ އަދި މަޢާފުދިނުމަކީވެސް ވާރިސުންނަށް ލިބިގެންވާ ޙައްޤުގެ ތެރެއިން، ކޮންމެ ވާރިސަކަށްމެ ލިބިފައިވާ އިޚްތިޔާރެކެވެ. ޝަރީޢަތަށް ވާރިސުން ޙާޟިރުކޮށް، ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެމަތިން ވާރިސުންގެ ޙައްޤު އަދާކޮށް، ޤޞަ ދުމަރ ގުޅިގެނާ ޢަމަލުކުރަން އެދޭގޮތާމެދު ޝަރީޢަތުން ވާރިސުންގެ ބަހެއްހޯދަންޖެހެނީ، މަރުގެ އަދަބުކަނޑައަޅާ މަރުޙަލާގައެވެ.
104މަރުގެ އަދަބަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމުގެ މި މަރުޙަލާގައި، ދައުލަތް މެދުވެރިކޮށް ވާރިސުންގެ އަމިއްލަ އިސްނެގުމަށް، ވާރިސުންނަށް ލިބިގެންވާ ޙައްޤާމެދު ޢަމަލުކުރަން ބޭނުންވާގޮތާމެދު ޝަރީޢަތަށް އަލުން ކަމެއްހުށަހެޅުމަކާނުލައި، މަރުގެ އަދަބާ ގުޅޭގޮތުން އަލުންވާރިސުންނާ ސުވާލުކުރުމަކީ އިޙްސާންތެރިކަމާއި ޢަދުލުވެރިކަމާދުރު އިޖުރާތެއްކަމަށް ދެކެމެވެ. ސަބަބަކީ، މައިންބަފައިންގެ ޠަބީޢީ މަރަކީވެސް ދިރިތިބީން ތަޙައްމަލުކުރާ ފުންހިތާމައަކަށްވާއިރު، އަނިޔާވެރިކަމާއެކު މީހެއްގެ ފުރާނަ ނިގުޅައިގަންނަ ޤަޠުލުގެ ހާދިސާއެއްގައި، ހިތާމައިގެ އިތުރުން، ޤާޠިލުގެ މައްޗަށް ވާރިސުންގެ ކިބައިގައި އޮވެދާނެ ރުޅިވެރިކަމާއި، ނަފުރަތާއި، ނާއިންސާފުގެ ފިކުރުތަކާއި، ހިތްނުތަނަވަސްކަން ތަފާތުވނެތީއެވެ. އަދި ފަސޭހަނުވާ ފާރުގަނޑއްގެ ކުރަމަގާލގިނޑު ނައްޓައި ފާރުގަނޑު އައުކުރާބީދައިން، އިސްތިއުނާފުގެ ކޮންމެ މަރުޙަލާއެއްގައި ވާރިސުންކުރެން، އަދިވެސް ޤާޠިލުގެކިބައިން މަރަށްމަރުހިފަން ބޭނުންތއާއޯ ކުށްވެރިޔާއަށް މަޢާފުދޭން ބޭނުންތޯ ސުވާލުކުރުމަކީ ވާރިސުންނަށްދެވޭ އިތުރު އަނިޔާއެއްކަމަށް ދެކޭތީއެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާއިން، އަދުޙަމް މުޙައްމަދުގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، އެ ކުށުގެ ޢުޤޫބާތެއްގެގޮތުން އަދުޙަމ މުޙައްމަދް މެރުމަށް ޙުކުމްކޮށްފައިވާތީ، އިސްލާމީ ޝަރީޢަތުގައި ޤިޞާޞްހިފުން މަނާކުރާ ސަބަބެއް އަދުޙަމް މުޙައްމަދުގެ ކިބައިގައި ފުރިހަމަވެފައި ނެތްކަން ކަށަވަރުކުރުން.
105މި ނިންމުމުގެ 46 ވަނަ ނުކުތާއިން 49 ވަނަ ނުކުތއަށާ ބަޔާންކޮށްފައިވާ ފަދައިން، އަދުޙަމް މުޙައްމަދުގެ މައްޗަށް ދަޢުވާކުޅަ ކުށުގެ ޢަމަލު ހިންގިއިރު، މީނާއަކީ ބާލިޣުވެ، ޢުމުރުން 18 (އަށާރަ) އަހަރުފުރިފައިވާ އަދި ބުއްދި ސަލާމަތުންހުރި މީހެކެވެ. އަދުޙަމް މުޙައްމަދުއާއި ޤާސިމް ޙަސަންގެ ދެމެދުގައި، ޤިޞާޞްހިފުން މަނައުވާފަދަ ލެއިގެ ގުޅުމެއްނެތެވެ. އަދުޙަމ މުޙައްމަދް ކުށުގެ ޢަމަލު ކުޅައިރުހުރީ މަސްތުގެ ޙާލަތުގައި ކަމަށްވެފައި، މީނާ ކުޅޢަމަލަތަކަށް ޒިއްމާވާން ނުޖެހޭކަމަށް އަދުޙަމް މުޙައްމަދު ދައްކާފައިވާ ވާހަކަތައް ބަލައިގަނެވޭނެ ޤާނޫނީ ހަމައެއްނެތްކަމުގެ ސަބަބުތައް މަތީގައި ބަޔާންކުރެވިއްޖެއެވެ. އަދުޙަމ މުޙައްމަދުއަށް ޤާސިމް ޙަސަންގެ ވާރިސުން މަޢާފުކޮށްފައިވާކަން، ދައުލަތަށް އަންގާފައިނުވެއެވެ. މި ޙާލަތުގައި ޤިޞާޞް ހިފުމަށް ލާޒިމުވާ ޝަރުޠުތައް އަދުޙަމް މުޙައްމަދުގެ ކިބައިގައި ފުރިހަމަ ވެފައިވާކަމަށް ދައުލަތުން ބުނެފައިވެއެވެ.
106ދައުލަތުން ހުށަހަޅާފައިވާ ފަދައިން، އިސްލާމީ ޝަރީޢަތުގައި ޤި ޞާޞްހިފުން މަނާވާފަދަ ސަބަބެއް ނެތްކަމަށް އަދުޙަމް މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވެއެވެ.
107ޕްރިސިޑެންސް 8ޤޞަދުމަރުގ ކުށުގެ އަދަބުގެ ގޮތުގައެ ޤިޞާޞްހިފުން މަނައުވެ، ތައުޒީރީ އަދަބަށް ބަދަލުވާނެ ހަތަރު ޙާލަތެއްވެއެވެ. އެ ޙާލަތްތަކަކީ، ބައްޕައަކު ދަރިމެރުމާއި، ޤާތިލާއ މަރާލި މީހާގެ މެދުގައި ދީނުގެ ތަފާތު އޮތުމާއި، އަހުލިއްޔަތު ނެތުމާއި ބުއްދިފިލައިދިޔުމާއި، ވާރިސުގެ މަޢާފު ލިބުމެވެ.
108އަދުޙަމް މުޙައްމަދުގެ ޙާލަތަށް ބުނެވިދިޔަ ކަންކަން ތަޠުބީޤުކުރާއިރު، ބައްޕައަކު ދަރިއެއް މެރުމާއި، ދީނުގެ ތަފާތުގެ ޙާލަތާމެދު މި މައްސަލައިގައި ސުވާލެއްނެތެވެ. އަދުޙަމް މުޙައްމަދަކީ ކުށުގެ ޢަމަލު ހިންގިއިރު، ބާލިޣުވެ، ޢުމުރުން 21 (އެކާވީސް) އަހރަ ފުރިފައިވާ މީހެކެވެ. ކުށުގެ ޢަމަލުކުޅައިރު އަދުޙަމް މުޙައްމަދުގެ ބުއްދިއަށް އަސަރުކޮ ށްފައިވާކަމަށް މީނާގެ ފަރާތުން ހުށަހަޅާފައި ވީނަމަވެސް، އެ ހުށަހެޅުންތައް ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެމަތިން ބަލައިނުގެނެވޭ ސަބަބުތައް މަތީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުރިކަމަށް ބަލަންޖެހެއެވެ. ޤާސިމް ޙަސަންގެ ވާރިސުން އަދުޙަމ މުޙައްމަދުއަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޙުކުމް ކުރުމާހަމައަށް މަޢާފުދީފައިނުވެއެވެ.
109އެހެންކަމުން، ބުނެވިދިޔަ ކަންކަމުގެ މައްޗަށް ބިނާކޮށް، އަދުޙަމް މުޙައްމަދުގެ މައްޗަށް ޤަޞާޞްހިފުން މަނައުވާފަދ ޤާނޫނަ ނުވަތަ ޝަރުޢީ އެއްވެސް ސަބަބެއް، ދަށުކޯޓުން މައްސަލަ ނިންމެވިއިރުވެސް އަދި މިހާރަކުވެސްނެތެވެ.
110ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު،
1.110. ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާއިން އަދުޙަމް މުޙައްމަދުގެ މައްޗަށް ދަޢުވާކުޅަ މައްސަލައިގެ ތަޙުޤީޤާއި ޝަރީޢަތުގެ މަރުޙަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ Prof. Dr. Anwarullah,The Criminal Law of Islam (A.S. Noordeen 1997) pp 74-77. ޤާނޫނުއަސާސީއާއި ޤާނޫނު ގައި ބަޔާންކޮށްފައިވާ ޙައްޤުތައް މީނާއަށް ލިބިދީފައިވާކަން ކަށަވަރުކުރެވޭކަމަށް ކަނޑައަޅައި، އަދި
2.110. ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގައި، ހުށަހެޅުނު ހެކި ޤަރީނާ ވަޒަންކޮށް، އަދުޙަމް މުޙައްމަދުގެ މައްޗަށް، ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ
(ހ)އާ ޙަވާލާދީ، އެ މާއްދާގެ (ނ)ގެ ދަށުން، އަދުޙަމް މުޙައްމަދުގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ އެއްގޮތަށްކަމަށް ކަނޑައަޅައި، އަދި
3.110. ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގައި، ޤާސިމް ޙަސަންގެ ވާރިސުން ކަނޑައަޅައި ހެކިބަސް ނަގާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ އެއްގޮތަށްކަމަށް ކަނޑައަޅައި، އަދި
4.110. ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގައި، ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ނ)ގެ ދަށުން، އަދުޙަމް މުޙައްމަދުގެ މައްޗަށް ކުށްސާބިތުވެފައިވާތީ، އަދުޙަމް މުޙައްމަދު މެރުމަށް ކޮށްފައިވާ ޙުކުމް ތަންފީޒުކުރުމަށް ހުރަސްއެޅޭފަދަ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، އަދި
5.110. ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގެ ޙުކުމް ދަމަހައްޓަންޖެހޭކަމަށް ނިންމަންފެނެއެވެ.
111މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.
112މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.
113ދެންފަހެ، ބުނެވިދިޔަ ކންކަނ އެގޮތުގެމަތިން ހުރުމުން،
1.113. ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާއިން އަދުޙަމް މުޙައްމަދުގެ މައްޗަށް ދަޢުވާކުޅަ މައްސަލައިގެ ތަޙުޤީޤާއި ޝަރީޢަތުގެ މަރުޙަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނު ގައި ބަޔާންކޮށްފައިވާ ޙައްޤުތައް މީނާއަށް ލިބިދީފައިވާކަން ކަށަވަރުކުރެވޭކަމަށް ކަނޑައަޅައި، އަދި
2.113. ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގައި، ހުށަހެޅުނު ހެކި ޤަރީނާ ވަޒަންކޮށް، އަދުޙަމް މުޙައްމަދުގެ މައްޗަށް، ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ
(ހ)އާ ޙަވާލާދީ، އެ މާއްދާގެ (ނ)ގެ ދަށުން، އަދުޙަމް މުޙައްމަދުގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދު ގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ އެއްގޮތަށްކަމަށް ކަނޑައަޅައި، އަދި
3.113. ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގައި، ޤާސިމް ޙަސަންގެ ވާރިސުން ކަނޑައަޅައި ހެކިބަސް ނަގާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ އެއްގޮތަށްކަމަށް ކަނޑައަޅައި، އަދި
4.113. ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 ޤަޟިއްޔާގައި، ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ނ)ގެ ދަށުން، އަދުޙަމް މުޙައްމަދުގެ މައްޗަށް ކުށްސާބިތުވެފައިވާތީ، އަދުޙަމް
- ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ)، (ނ) އަދި (ރ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1204 ވަނަ މާއްދާގެ (ހ) އަދި (ރ)
- ޤާނޫނުލްޢުޤޫބާތުގެ 31 ވަނަ މާއްދާގެ (ށ)
- ޤާނޫނުލްޢުޤޫބާތުގެ 24 ވަނަ މާއްދާގެ (ބ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 117 އަދި 119 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 21، 48، 51 (ހ)-(ކ) އަދި 53 ވަނަ މާއްދާ
- ކީރިތި ޤުރުއާން: އަލްބަޤަރާ 178، އަލްމާއިދާ 45، އަލްއިސްރާ 33
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އާމިނަތު އަޙްމަދު (2020/SC-JC/04)
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުއްރަތު (2016/SC-JC/07)
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ހުމާމް އަޙްމަދު (2016/SC-JC/06)
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނިޔާޒް (2018/HC-JC/04)
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ޝަޙްމު އާދަމް އަދި އެހެން (2016/HC-A/72)
- މުޙައްމަދު ނިޔާޒް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2021/SC-A/83)
- އާދަމް ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2009/SC-A/18)
- Prof. Dr. Anwarullah, The Criminal Law of Islam (A.S. Noordeen 1997)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އިބްރާހީމް ނާޞިޙް، އަޙްމަދު ނައުފަލް، އަޙްމަދު ނައުޝާދު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޙަސަން ޝަމާމް، ޢަބްދުﷲ މިފްރާޒް ނިޒާރު
- ބެންޗު
- ދީބާނާޒް ފަހުމީ، ޢަބްދުﷲ ޖަމީލް މޫސާ، ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: ޢަބްދުﷲ ޖަމީލް މޫސާ، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް