ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/10
ނަން ސިއްރުކޮށްފައި ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2023/HC-A/10
Name withheld v. Prosecutor General 2023/HC-A/10 (2023/HC-A/10, High Court of the Maldives, 29 January 2025)
ނަން ސިއްރުކޮށްފައި ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
މެޖިސްޓްރޭޓް ކޯޓުން ކުށް އެކަށީގެންވާ ޝައްކެއްނެތި ސާބިތުވާކަމަށް ކަނޑައަޅައި ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން 10 އަހަރުގެ ޖަލު ޙުކުމް ކުރިއެވެ (ބަންދުގައި ހުރި މުއްދަތު އުނިކޮށް 8 އަހަރާއި 11 މަހާއި 17 ދުވަސް). ސައިކޮލޮޖިކަލް ރިޕޯޓު ބަލައިނުގަތުމަށް ކުރި ހުށަހެޅުން ޝަރީޢަތުގެ ކުރިން ރައްދުކުރިއެވެ.
15 އަހަރުގެ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއްގައި އަތްލި ކަމަށް ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ޤާނޫނު ނަންބަރު 12/2009 ގެ 3 ވަނަ މާއްދާގެ ދަށުން ދަޢުވާކުރެވުނެވެ. ދަޢުވާ ހުށަހެޅިއިރު ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު ތައްޔާރުވެފައި ނުވާއިރު، އެ ރިޕޯޓާއި ތައްޔާރުކުރި ފަރާތް ހެކި ލިސްޓުގައި ހިމަނާފައިވިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ވުޖޫދުގައި ނެތް ރިޕޯޓެއް ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 83 ވަނަ މާއްދާއާ ޚިލާފަށް ފަހުން ހުށަހަޅައި ބުރަދަން ދިނީ ދިފާޢުވުމުގެ ޙައްޤަށް އުނިކަން ލިބޭގޮތަށް ކަމަށާއި، ޤާނޫނީ އިންޒާރުގައި ކުށް ބަޔާންނުކުރާކަމަށާއި، ކުއްޖާގެ ބަސް ފުށުއަރާކަމަށާއި، ކުއްޖާގެ ބަސް ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާއާ އެއްގޮތަށް ނުނަގާ ކަމަށެވެ. ދައުލަތުން ބުނީ ރިޕޯޓު ދަޢުވާ ފޯމުގައި ހާމަކޮށްފައިވާ ކަމަށާއި، އިންޒާރާ ބެހޭ ނުކުތާ ދަށުކޯޓުގައި ނުފާހަގަކުރާ ކަމަށާއި، ކުއްޖާގެ ބަސް 2019/SC-A/77 ގެ އުޞޫލުން ވަޒަންކޮށްފައިވާ ކަމަށެވެ.
މައިގަނޑު ސުވާލު
ދަޢުވާ ހުށަހެޅިއިރު ތައްޔާރުވެފައި ނުވާ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި އެ ރިޕޯޓު ތައްޔާރުކުރި ފަރާތް ހެއްކެއްގެ ގޮތުގައި ބަލައިގަތުމުން ދިފާޢުވުމުގެ ޙައްޤަށް އުނިކަން ލިބުނުތޯ، ޤާނޫނީ އިންޒާރުގައި ކުށް ބަޔާންކޮށްދީފައިވޭތޯ (ދަށުކޯޓުގައި ނުފާހަގަކުރި ނުކުތާ)، ކުއްޖާގެ ބަސް އެއްގޮތްވުމާއި ކޮރަބޮރޭޝަން ފުދޭތޯ، އަދި ކުއްޖާގެ ބަސް ހޯދާފައިވަނީ ޤާނޫނާ އެއްގޮތަށްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (ގިނަ ފަނޑިޔާރުންގެ ރައުޔު)
ގިނަ ފަނޑިޔާރުން ދެކުނީ ރިޕޯޓަކީ ދަޢުވާއާއެކު ހާމަކުރި ހެއްކެއް ކަމަށާއި ޝަރީޢަތުގައި އޭގެ ޞައްޙަކަމާމެދު ސުވާލު އުފެއްދުމުގެ ފުރުޞަތު ލިބިފައިވާ ކަމަށެވެ. ކުއްޖާގެ ބަސް ބޭރުފުށާއި އެތެރެފުށުން އެއްގޮތްވާ ކަމަށާއި، ނުބައި ނިޔަތެއް ނުފެންނަ ކަމަށާއި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ ވަސީލަތްތަކުން ކޮރަބޮރޭޓްވާތީ ކުށް ސާބިތުވާކަމަށް ނިންމުން ރަނގަޅު ކަމަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާގެ (ހ) އާއި 145 ވަނަ މާއްދާއިން ދައުލަތުން ދަޢުވާ ހުށަހަޅަންވާނީ ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ ހެކި (ބަޔާން، ލިޔެކިޔުން، އެކްޒިބިޓް) ދަޢުވާ ފޯމާއެކު ހިމަނައިގެން ކަމަށާއި، ދަޢުވާއަށް އިންކާރުކޮށްފިނަމަ ދައުލަތުން ހުށަހަޅަން ބޭނުންވާ ހުރިހާ ހެކި އިބްތިދާއީ އަޑުއެހުމުގައި ހާމަކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34–36)
- ދަޢުވާ ހުށަހެޅިއިރު ދަޢުވާ ފޯމުގެ ހެކި ލިސްޓުގައި ހިމަނައި ދައުލަތުން ހާމަކޮށްފައިވާ ހެއްކަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާގައިވާ "އިތުރު ހެއްކެއް" ކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 49–52)
- ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު، ޑީއެންއޭ ތަޙުލީލު ފަދަ ފަންނީ ރިޕޯޓުތައް ދަޢުވާކުރުމަށް ޤާނޫނުން ކަނޑައަޅާ މުއްދަތުގެ ތެރޭގައި ނުނިމިދާނެތީ، އެފަދަ ރިޕޯޓު ދަޢުވާ ފޯމުގެ ހެކި ލިސްޓުގައި ހިމަނައި ލިބުމުން ކޯޓަށް ހުށަހެޅުމަކީ ޢަމަލުކުރެވެމުންދާ ގޮތެވެ؛ ރިޕޯޓު އެ ހިނދަކަށް ހުށަނާޅާ އޮތުން އެކަނި އެ ހެއްކަކީ ބަލައިނުގަނެވޭނެ ހެއްކެއް ނުކުރެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 53–54)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (3) ގެ ދަށުން ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ހެއްކެއް ބަލައިގަތުމަށް ނިންމުމަކީ މަތިމަތިން (prima facie) ކުރާ ކަނޑައެޅުމެއް ކަމަށާއި، އެ ހެއްކެއްގެ ޞައްޙަކަމާއި ގުޅުންހުރިކަމާއި ބުރަދަނާމެދު ޝަރީޢަތުގެ މަރުޙަލާގައި ބަހުސްކުރުމުގެ ފުރުޞަތު ދަޢުވާލިބޭ ފަރާތަށް ހުންނާނެތީ، އެ ރިޕޯޓާމެދު އަލުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކަށް ފުރުޞަތު ނުދިނުމުން ޢަދުލުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤަށް އުނިކަމެއް ނާދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 58–64)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއާ އެއްގޮތަށް ހައިކޯޓުން މައްސަލަ ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކުގެ މައްޗަށް ކަމަށާއި، ދަށުކޯޓުގައި ނުފާހަގަކުރާ އައު ޤާނޫނީ ނުކުތާއެއް ބަލައިގަނެވޭނީ ޢަދުލުއިންޞާފު ގާއިމުކުރުމަށް ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއެއް ނުވަތަ ޙުކުމާ ސީދާ ގުޅޭ ނުކުތާއެއް ނަމައެވެ (2019/SC-A/57)؛ މި އިސްތިސްނާއެއް ނުދައްކާތީ ޤާނޫނީ އިންޒާރާ ގުޅޭ ނުކުތާ ނުބެލެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 69–72)
- ޤާނޫނު ނަންބަރު 12/2009 ގެ 47 ވަނަ މާއްދާގައިވާ ބާވަތްތަކުގެ ހެކީގެ ތެރެއިން މަދުވެގެން 5 ބާވަތެއްގެ ހެކި ހުރެއްޖެނަމަ ކުށް އެކަށީގެންވާ ޝައްކެއްނެތި ސާބިތުވާކަމަށް ބަލަންވާނެއެވެ؛ އެއަށްވުރެ މަދުން ހެކި ހުރުމަކީ ކުށް ސާބިތުވުމަށް ހުރަހެއް ނޫނެވެ. ކުއްޖާ ކިޔައިދޭ ކިޔައިދިނުމަކީ މިފަދަ މައްސަލަތަކުގެ އަސާސް ކަމަށާއި، އެހެން ހެކިތަކަކީ އެ ކިޔައިދިނުން ކޮރަބޮރޭޓް ކުރުމުގެ ވަސީލަތްތަކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 77–80، 89، 93)
- ކުއްޖާގެ ބަސް އާދަޔާ ޚިލާފަށް ތެދުތޯ ބެލުމަށް 2019/SC-A/77 ގައި ބަޔާންކުރާ 3 ކަންތައް (އެތެރެފުށާއި ބޭރުފުށުން އެއްގޮތްވުން، ފަރާތްތަކުގެ އަޚްލާޤާއި އުޅުން، ނުބައި ނިޔަތެއް އޮތުން) ކޮންމެ މައްސަލައެއްގައި ބެލުން ލާޒިމު ކަންތައްތަކެއް ނޫނެވެ؛ ކޮންމެ މައްސަލައެއް ވަޒަންކުރަންވާނީ އޭގެ ޙަޤީޤަތްތަކާއި ހެކިތަކުގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 81–82)
- 47 ވަނަ މާއްދާގެ (ޅ)، (ކ) އަދި (އ) ގެ ދަށުން ބަލާ ކުއްޖާގެ ކިޔައިދިނުމަކީ ޝަރީޢަތުގެ މަޖިލީހުގައި ދޭ ހެކިބަހަކަށް ވުން ލާޒިމެއް ނޫނެވެ؛ ކުއްޖާ ކޮންމެ ފަހަރަކު ޝަރީޢަތަށް ޙާޟިރުކޮށް އަލުން ބަޔާން ނެގުމަކީ ކުއްޖާ ރީވިކްޓިމައިޒްކުރުން ކަމަށާއި، ކުއްޖާގެ ބަސް އެއްގޮތްވޭތޯ ބަލައި ކޮރަބޮރޭޓް ކުރެވެނީ ކުއްޖާ އެކި ފަރާތްތަކަށް ކިޔައިދިން ގޮތުގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 94–97)
- ކުޑަކުދިންނާ ރައްޓެހި ގޮތަށް ހަދާފައިވާ ކޮޓަރިއެއްގައި، ކުޑަކުދިންގެ ޚިދުމަތުގެ މުވައްޒަފެއްގެ ޙާޟިރުގައި ފުލުހުން ނެގި ކުއްޖާގެ ބަޔާނުގައި އިޖުރާއީ ގޯހެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 98)
1މިއީ …… މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2021/.…222/ ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި … ………… ޢަބްދުއްސަލާމް މޫސާ )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ………( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް"( ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މ ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވަނެ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ )މީގެ ފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ދައުލަތް"( މައްޗަށެވެ.
3ޢަބްދުއްސަލާމް މޫސާގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ …… މެޖިސްޓްރޭޓް ކޯޓުގައި ކުރެވުނެވެ. އެ ދަޢުވާ ..……… މެޖިސްޓްރޭޓް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2021/.…222/ ޤަޟިއްޔާގެ ގޮތުގައެވެ. މި ދަޢުވާ ކޮށްފައިވަނީ ޤާނޫނު ނަންބަރ 2009/12 )ކުޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނު( )މީގެ ފަހުން "ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މި ދަޢުވާ ހުށަހަޅާފައިވަނީ 15 ސެޕްޓެމްބަރ 2021ގައި …… މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2021/.…222/ ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު'ން އެނގެއެވެ. މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު"( ގ 3 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެ މާއްދާގެ )ނ( ގެ ދަށުންނެވެ.
4މި ދަޢުވާ ޢަބްދުއްސަލާމް މޫސާގެ މައްޗަށް އުފުލާފައިވަނީ، ޢަބްދުއްސަލާމް މޫސާ، 06 އޮގަސްޓް 2021 މި ދުވަހުގެ 09:20 ހާއިރު، ..……………… ..………… )15 އަހަރު( )މީގެ ފަހުން "ކުއްޖާ"( ……………… އެވެ ކިޔާ ގޯތި ތެރޭގައި ހުރި 03 )ތިނެއް( ޖޯލިފަތީގެ ޖޯއްޔެއްގައި ސައިބޯން އިންދައި، ޢަބްދުއްސަލާމް މޫސޯއެތަނަށް ގޮސް، ކުއްޖާ އިށީނދެގެން އިން ޖޯއްޔާ އިންވެގެން ވާތްފަރާތުގައ ހުރި ޖ ލީގައި އިށީނދެ، ޢަބްދުއްސަލާމް މޫސާގެ ކަނާތުނ ކުއްޖާގެ ވާތު ފަލަމަސްގަނޑުގ އާއަ އެ ކުއްޖާގެ ވާތުގައި އަތް ހާކައި، ކުއްޖާ ލައިގެން ހުރި ހެދުން މަތިން ކުއްޖާގެ ވާތްފަރާތު މޭމަތީގައި ހިފާފައިވާތީ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
5ދަޢުވާގެ ޖަވާބުގައި ދަޢުވާ ސާފުވެއްޖެކަމަށާއި، ދަޢުވާގައި ޙަވާލާދީފައިވާ ކުށް ނުކުރާކަމަށް ބުނެ މި ދަޢުވާއަށް ޢަބްދުއްސަލާމް މޫސާ އިންކާރުކޮށްފައިވެއެވެ.
6ދައުލަތުނަ ޢަބްދުއްސަލާމް މޫސާގެ މައްޗަށް ކ ޅ ދަޢުވާއަށް ޢަބްދުއްސަލާމް މުސާގެ ފަރާތުން އިންކާރުކޮށްފައިވާތީ ދައުލަތުން ހުށަހަޅާ ހެކި ހާމަކޮށްފައިވެއެވެ.އަދި ދައުލަތުން ހެކި ހާމަކުރުމުން ދިފާޢުން ހެކި ހުށަހަޅާނަމަ، އެ ހެއްކެއް ހާމަކުރުމަށް ފުރުޞަތު ދިނުމުން، ދިފާޢުން ހެއްކެއް ހުށަހަޅާފައިވެއެވެ. ……… މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2021/……222/ ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް"ގެ "ދަޢުވާ ބިނާކުރާ ސަބަބު" ……… މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2021/……222/ ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް"ގ 8 ވަނަ ނުކުތާ
7މި ދަޢުވާއަކީ ޢަބްދުއްސަލާމްމޫސާގެ މައްޗަށް ކުރެވިދާނެ ދަޢުވާއެއްކަމަށް ކަނޑައެޅުމުން، ޢަބްދުއްސަލާމް މޫސާގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. މިގޮތުން ޢަބްދުއްސަލާމް މޫސާގެ ފަރާތުން އަންނަނިވި ދެ ހުށަހެޅުނު ހުށަހަޅާފައިވެއެވެ.
7.1. ކުއްޖާގެއިޖުތިމާއީ ޙާލަތު ދެނެގަތުމާބެހޭ ރިޕޯޓުން ސާބިތުކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި "ކުއްޖާއަށް ޖިންސް ގޯނާ ލިބިފައިވާ ކަމާއި، އެކަމުގެ ސަބަބުން، ނަފުސާނީ ގޮތުނ އަސަރުކޮށްފައިވާ ކަމާއި..." މިފަދައިން ބަޔާންކޮށްފައި އޮތް އޮތުމަކީ ދަޢުވާ ފޯމުގައިވާ އުނިކަމއ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމާއި،
7.2. ދަޢުވާ ފޯމުގެ ޖަދުވަލު 2 ގައި ޝަފަހީ ހެއްކެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކުއްޖާގްސައިކޮލޮޖިކަލް އެސެސްމެންޓ ރިޕޯޓް ތައްޔާރު ކުރިކަމަށް ބުނާ ފަރާތާއި، ކިތާބީ ހެކީގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅާފައިނުވާ ހަމައެކަނި ދަޢުވާ ފޯމުގައި ލިސްޓުކޮށްފައިވާ ކުއްޖާގިސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓަކީ ޝަރީޢަތަށް ބަލައި ނުގަނެވޭނެ ހެއްކެއް ކަމަށް ކަނޑައެޅުމަށް ހުށަހެޅ ހުށަހެޅުމެވެ.
8މި ދެ ހުށަހެޅުމާމެދު ޝަރީޢަތުން އަންނަނިވި ނިންމުން ނިންމާފައިވެއެވެ.
8.1. ދައުލަތުން ކުއްޖާގެ އިޖުތިމާއީ ޙާލްތު ދެނެގަތުމާބެހޭ އެސެސްމަންޓް ރިޕޯޓުން ސާބިތުކޮށްދޭން ބޭނުންވާ ކަންކަމުގެ ތެރޭގައި ކުއްޖާއަށް ނަފްސާނީގޮތުން އަސަރުކޮށްފައިވާކަނ ސާބިތުކުރުން ހިމަނާފައިވާއިރު، ދައުލަތުން އެ ރިޕޯޓުން ސާބިތުކުރަން ހުށަހަޅާފައިވަނީ ހަމައެކަނި އެ ސަބަބު ނޫންކަން އެނގެން އޮންނަކަމާއި، އެ ރިޕޯޓަކީ އަނިޔާ ލިބުނު ކުއްޖެގެ ނަފްސާނީ ޙާލަތުގެ މައްޗަށ އކަމުގެ ފަންނީ މާހިރަކ ތައްޔާރު ކުރު ރިޕޯޓެއް ކަމުގައި ނުވިނަމަވެސް، އަނިޔާ ލިބުނު ކުއްޖާއަށް ……… މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2021/.….222 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް"ގ 10 ވަނަ ނުކުތާ މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓާއި އެ ރިޕޯޓު ތައްޔާރުކުރި ފަރާތް ހެއްކެއްގެ ގޮތުގިއި ޝަރީޢަތަށް ބަލައަ ނުގަތުމަށް ޢަބްދުއްސަލާމް މޫސާގެ ފަރާތުން އެދިފައިވަނީ، ދަޢުވާ ފޯމާއިއެކު ރިޕޯޓު ހުށަހަޅާފައިނުވާތީއެވެ. އަދ ދަޢުވާ ފޯމުގައި ޝަފަހީ ހެއްކެއްގެ ގޮތުގައި "ރިޕޯޓު ތައްޔާރުކުރި ފަރާތް" މިފަދައިން ލިޔެފައިވާއިރު އެ މީހާގެ ނަން ލިޔެފައި ނެތުމުންނެވެ. ނަފްސާނީ ގޮތުން ކޮށްފައިވާ އަސަރުތަކުގެ ވާހަކަ އެ ރިޕޯޓުގައި ބަޔާންކޮށްފައިވާތީ، އެ ރިޕޯޓުން ސާބިތުކުރަން ބޭނުންވާ ކަންކަމުގެ ގޮތުގައި އެފަދައިން ދަޢުވާ ފޯމުގައި ހިމަނާފައިވުމަކ ދަޢުވީ ފޯމުގައި ހުރި އުނިކަމެއް ކަމުގައި ނުބެލެވޭތީ، މި ހުށަހެޅުން ބަލައިނުގތުމަށެވެ.
8.2. މި ހުށަހެޅުން ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ 3 ވަނަ ނަންބަރާ ޙަވާލާދީކަމަށްވާއިރު، ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓު ނުވަތަ އެނޫންވެސް ފަންނީ ރިޕޯޓުތަކާއި ތަޙްލީލީ ނަތީޖާތަކުގެ މައްޗަށް ތައްޔާރުކުރާ ރިޕޯޓުތަކަކީ ދަޢްވާ ހުށަހެޅުމަށް އޮންނަ މުއްދަތުގެ ތެރޭގައި ނުނިމުމުގެ ފުރުޞަތު އޮންނަ ލިޔުންތަކެއްކަމާއި، އެފަދަ ލިޔުންތައް ދަޢުވާ ސާބިތުކުރަން ހެކި ހާމަކުރާއިރު ހިމަނައި، އަދި އެ ރިޕޯޓު ތައްޔާރުކުރި ފަރާތް ޝަފަހީ ހެއްކެއްގެ ގޮތުގައި ހާމަކޮށްފައިވާނަމަ، އެ ރިޕޯޓު އެހާތަންށ ކޯޓަށް ހުށަހަޅާފައިނުވުމަކީ ހަމައެކަނި އ ސަބަބުގެ މައްޗަށް ބަލައި، އެ ހެއްކަކީ އިންއެޑްމިސަބަލ ހެއްކެއްކަމަށް ކަނޑައެޅޭނެ ސަބަބެއް ނޫންކަމާއި، އަދި އެ ހެކި މަޤްބޫލުނުވުމުގައ ޤާނޫނި އެއްވެސް ހަމައެއް ދައްކާފައިނުވާތީ، އެ ހެކި ބަލައި ނުގަންނަން ނުނިނމޭނެކަމުގައެވެ.
9މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިން ޙާޟިރުކޮށް، ހެކި ބަސް ނަގާފައިވެއެވެ. އަދި މި މައްސަލައިގައި ދެ ފަރާތުންވެސް ޚުލާޞާ ބަޔާން ހުށަހަޅާފައިވެއެވެ. ……… މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2021/.…222/ ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް"ގެ 13 ވަނަ ނުކުތާއިން ފެށިގެން 17 ވަނަ ނުކުތާގެ ނިޔަލަށް ހެކިންގެ ހެކިބަހުގެ ތަފްޞީލު ބަޔާންކޮށްފައިވެއެވެ. ……… މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2021/…222/ ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް"ގެ 18 ވަނަ ނުކުތާއިން ފެށިގެން 20 ވަނަ ނުކުތާގެ ނިޔަލަށް މިކަން ތަފްޞީލު ކޮށްފައިވެއެވެ.
10……… މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2021/.…222/ ޤަޟިއްޔާގައި އަންނަނިވި ކަންކަން ކަނޑައަޅާފައިވެއެވެ.
10.1. ދައުލަތުން ކޮށްފައިވް ދަޢުވާއަށް ޢަބްދުއްސަލާމް މޫސާ އިންކާރުކޮށްފައި ވީނަމަވެސް، ދައުލަތުން ހުށަހެޅި ހެކި ޤަރީނާތަކުން، ޤާނޫނުއަސާސީގެ 51 ވެނ މާއްދާގަ )އ( ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާތީ، ކުޑަކުއްޖެއްގެހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުން ޢަބްދުއްސަލާމް މޫސާ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި،
10.2. މ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ )ނ( ގެ ދަށުން ޢަބްދުއްސަލާމް މޫސާ 10 )ދިހައެއް( އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި،
10.3. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޢަބްދުއްސަލާމް މޫސާގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން ޢަބްދުއްސަލާމް މޫސާ ތަންފީޛުކުރަންޖެހޭ އަދަބަކީ 08 )އަށެއް( އަހަރާއި 11 )އެގާރަ( މަހާއި 17 )ސަތާރަ( ދުވަހުގެ ޖަލު އަދަބުކަމަށް ކަނޑައަޅާ ފައިވެއެވެ.
11މިފަދައިން ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ކޯޓުން ރިޢާޔަތްކޮށްފައިވެއެވެ.
11.1. ކުއްޖާ ފުލުހުންގެ ތާޙުޤީޤަށް ކިޔައިދީފައިވާ ކިޔައަދިނުން ކުއްޖްގ ހެކިބަހުގެ ގޮތުގައެ ނުބެލެވެކަމަށ ދިފާޢުން ބުނުކުޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގ 48 ވަނަ މާއްދާގެ ބޭނުމަށްޓަކައި އެފަދަ ހެކިބަހެއް ލިބިފައިނުވާކަމުގައި ދިފާޢުން ބުނެފައިވާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގ 47 ވަނަ މާއްދާގެ )ދ( ގައި ވަނީ އެ ޤާނޫނުގެ 48 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ޝަރީޢަތުގެ މަޖިލޫހުގައި ކުއްޖާ ދޭ އިންޓަވިއުއެއްކަމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސެލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގ 47 ވަނަ މާއްދާގެ )ޅ(، )އ( އަދި )ކ( އަކީ ޝަރީޢަތުގެ މަރުޙަލާ ފެށުމުގެ ކުރިން ކިޔައިދީފައިވާ ކިޔައިދިނުމެއް ކަމަށާއި،މ މައްސަލައިގައި ހުށަހަޅާފައިވި ކުއްޖާގެ ބަޔާނަކީ ޝަރީޢަތް ފެށުމަށް ފަހު ޝަރީޢަތަށް ދީފައިވާ ހެކިބަހެއް ކަމުގައި ނުބެލިނަމަވެސް، މިއީ ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމެއް ކަމަށާއި، ކުއްޖާގެ ހެކިބަސް ޝަރީޢަތުގެ މަރުހަލާގައި ނަގާފައި ނުވުމަކީ، ކުޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގ 47 ވާނަ މާއްދާގަ )ޅ(، )ކ( އަދި )އ( ގައިވާ ފަދައިން ކުއްޖާ އަނިޔާލިބުނު ހާދިސާ ކިޔައިދީފައިވާ ކިޔައިދިނުން އަސާސަކަށް ބަލައި، އެ ކުއްޖާގެ ބަހަކީ އާދަޔާ ޚިލާފު ތެދު ބަހެއްތޯ ބެލުމަށް ހުރަސްއަޅާ ސަބަބެއް ނޫން ކަމުގައެވެ.
11.2. ދޮއުލަތުނ ހުށަހެޅް ހެކީގެ ތެރޭގައި ހިމެނޭ ކުއްޖާގެ އިޖްތިމާޢީ ޙާލަތު ދެނެގަތުމާބެހޭ އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރި ޚަދީޖާ ހާރޫން އާއި ކުއްޖާގެ ސައިކޮލި ޖީކަލ އެސެސްމެންޓް ތައްޔާރުކުރި އާސިޔަތު ޢަބްދުލްހާދީގެ ހެކިބަހަށް ބުރަދަން ނުދެވޭނެ ކަމުގައި ދިފާޢުން ބުނެފައިވާއިރު، އިޖްތިމާޢީ ޙާލަތު ދެނެގަތުމާބެހޭ އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރި ޚަދީޖާ ހާރޫންއ ގުޅާ ގޮތުން ދިފާޢުން ފާހަގަކުރި ކަންކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/93 ޠަލްޢަތު މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމަށާއި، އަދި އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާއާ އެ ހާދިސާއާ ބެހޭ ގޮތުން ސުވާލުކޮށްފައި ނުވާނެ ކަމަށ ބުނެފައިވާތީ، ކުއްޖާ ކިޔައިދޭ ކިޔައިދިނުން ކޮރަބޮރޭޓްކުރުމުގައި ކުއްޖާގެ އިޖްތިމާޢީ ޙާލަތު ދެނެގަތުމާބެހޭ އެސެސްމަންޓް ރްޕޯޓުށް ބުރަދަންދީފައިނުވާނެކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/93 ޠަލްޢަތު މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައިވާ ކަންކަމަށް ރިޢާޔަތްކޮށް، ކުއްޖާގެ ސައިކޮލޮ ޖކަލ އެސެސްމެންޓް ރިޕޯޓަށާއި މ …… މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2021/.…222/ ޤަޟިއްޔާ ގެ "ޝަރީޢަތް ނިމުނުގޮތް"ގ 18 ވަނަ ނުކުތާއިން ފެށިގެން 20 ވަނަ ނުކުތާގެ ނިޔަލަށް މިކަން ބަޔާންކުރެއެވެ. ރިޕޯޓު ތައްޔާރުކުރި އާސިޔަތު ޢަބްދުލްހާދީގެ ރައުޔަށް ހެކި ވަޒަންކުރުމުގައި ބުރަދަން ދީފައިވާނެ ކަމުގައެވެ.
11.3. ކުއްޖާގެ ހެކިބަސް ބޭރުފުށުން އެއްގޮތްވޭތޯ ބެލުމުގައި، 6 އޮގަސްޓް 2021 ގައި ޢަބްދުއްސަލާމް މޫސ އާ ގެއަށް ދިޔަކަމާއި، ދިޔައީ ކުއްޖާގެ ދައްތައާއި ބައްދަލުކުރަން ކަމަށާއި، ކުއްޖާ ސައިބޯނ އިން ޖޯލި ކައިރިއަށް ދިޔަ ކަން ޢަބްދުއްސަލާމް މޫސާ ތަޙްޤީޤަށް ދީފައިވާ ބަޔާނުންވެސ ކިޔައިދިން ގޮތުން އެނގޭތީއާއީ،އެ ދުވަހު ސައިބޯން ޖޯލީގައި ކުއްޖާ އިންދ އާ ކާއްޖާއަށް ޖިންސު ގޯނާލިބިފައިވާކަމަށް ކުއްޖާ ބުނެފައިވާއިރު، ސައިކޮލޮޖިސްޓް އާސިޔަތު ޢަބްދުލްހާދީގެ ހެކިބަހާއި، ސައިކޮލޮޖިސްޓް ރިޕޯޓުން އެފަދް އަނިޔާއެއް ލިބިފައިވާކަން އެނގޭތީ، ކުއޖިކިޔައިދީފައިވާ ކިޔައިދިނުމުގައ ހުރި ކަންކަމަށް ބަލާއިރު، ކުއްޖާގެ ބަސް ބޭރުފުށުން އެއްގޮތްކަމުގައ ބެލެވކަމެވެ.
11.4. ކުއްޖާގެ ހެކިބަސް އެތެރެ ފުށުން އެއްގޮތްވޭތޯ ބެލުމުގައި، އެކި މަހައްލުގައި ).... ....އަށާއި، އ ހާދިސާގެ ވާހަކަ ކިޔައިދިން ގޮތަށް ބަލާއިރު، ކުއްޖާގެ ބަސް އެތެރެފުށުން އެއްގޮތްކަން އެނގޭކަމެވެ.
11.5. ކުއްޖާގެ ބަސް އާދަޔ ޚިލާފަށާ ތެދު ކަމުގައި ޤަބޫލުކުރެވިތޯ ބެލުމުގައި، ކުއްޖާ އެކި މަހައްލުތަކުގައ ކިޔައިދީފައިވާ ކިޔައިދިނުމުގައި ޖައުހަރީ ފުށުއެރުމެއް ނެތްކަމަށާއި، ކުއްޖާގެ އުރަމަތީގައ ހިފި ނިޔަލަށް މިކަން ބަޔާންކުރެއެވެ. ބަޔާންކޮށްފައިވެއެވެ. ނިޔަލަށް މިކަމުގެ ތަފްޞީލު ބަޔާންކޮށްފައިވެއެވެ. ކަމާމެދު އަދި ކުއްޖާގެ ފަލަ މާސްގަނޑުގައި އަތްހާކާ ހެދިކަމަށް ބުނާ ވާހަކައިގައި އެއްވެސ ފުށުއެރުމެއް ނެތްކަމަށާއި، ހްދިސާ ހިނގައިދިޔަ ވަގުތާއި، ތަނާއި އެ ހާދިސާއާ ގުޅޭ އެހެނިހެން ކަންކަން ޝަރީޢަތަށް ހުށަހެޅި އިތުރު ހެކިތަކާ ދިމާވާކަމުގައިވާތީ، ކުއްޖާގެ ބަހަކީ އާދަޔާ ޚިލާފަށް ތެދު ކަމަށް ޤަބޫލުކުރެވޭ ބަހެއް ކަމުގައެވެ.
11.6. މި މައްސަލައިގައި ކުއްޖާ އެފަދަ ވާހަކައެއް ދައްކާފައިވަނީ ނުބައި ނިޔަތެއްގައި ކަމަށް ބުނެ އެއްވެސް ކަމެއް ދަޢުވާލިބޭ ފަރާތުން ފާހަގަކޮށްފައިނުވާކަމެވެ.
11.7. މި މައްސަލައިގައި ޝަކުވާކުރި ކުއްޖާގެ ބަހުންނާއި، ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓާއި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ބަހުން، ކުއްޖާގެ އުރަމަތީގައ ޢަބްދުއްސަލާމް މޫސާ އަތްލާފައިވާކަން އެނގޭތީ،ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގ 3 ވަނަ މާއްދާގެ ބޭނުމަށްޓަކައި، ޢަބްދުއްސަލާމް މޫސާ ކުއްޖާގެ ހަށިގަނޑުގައި އަތްލާފައިވަނ ޖިންސީ ނިޔަތެއް އޮވެގެން ކަމުގައި ބަލަންޖެހޭނެކަމެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދޭ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވ 04 )ހަތަރެއް( ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛ ނިޔަލަށް މިކަމުގެ ތަފްޞީލު ބަޔާންކޮށްފައިވެއެވެ. ބަޔާންކޮށްފައިވެއެވެ. ތަފްޞީލު ބަޔާންކޮށްފައިވެއެވެ.
12.1. ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( )މީގެ ފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު"(ގ 94 ވަނަ މައްދާގެ )ރ( ގެ ދަށުންނާއިކުޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގ 33 ވަނަ މާއްދާގެ )ށ(ގެ ދަށުން ތަޙްޤީޤަށް މުއްދަތު އިތުރުކޮށްދިނުމަށާއި، ދަޢުވާކުރުމަށް ފުރުޞަތު ތަނަވަސްވެފައި އޮތްނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނގ 5 ވަނަ މާއްދާއާއި 77 ވަނަ މާއްދާއާ އެއްގޮތަށް ފުރިހަމަކޮށްފައިނުވާ ތަޙްޤީޤެއްގެ މައްޗަށް އަވަސް އަރުވާލައިގެނ ކޮށްފައިވް ދަޢުވާއެއްގައި ޤާނޫނު ނަންބަރ 2010/13 )ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު( )މީގެ ފަހުން "ފަނޑިޔާރުންގެ ޤާނޫނު"(ގ 5 ވަނަ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރާއި ޚިލާފަށް، މައްސަލާގައި ހުށަހެޅިފައި ނެތް އަދި ވުޖޫދުގައިވެސ ނެތް ކަންކަން)ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި، އެ ރިޕޯޓް ތައްޔާރުކުރި ފަރާތް( ހުށަހެޅިފައި ހުރި ހެކި ގަރީނާގެ ގޮތުގައި ބަލައިގަނެ، އެ ރިޕޯޓް މުޅިން އަލަށް އުފަންކޮށްގެން ކޯޓަށާއި ޝަރީޢަތަށެޖިނާއީ އިޖުރާއަތުގެ ޤާނޫނގ 83 ވަނަ މާއްދާގެ )ހ( އާ ޚިލާފަށް ހުށަހެޅިފަހުނެޖިނާއީ އިޖުރާއަތުގެ ޤާނޫނގ 119 ވަނަ މާއްދާގެ )ހ( ގެ )3 ( ވަނަ ނަންބަރުގެ ދަށުން އެ ހެއްކާމެދު ދިފާޢުން ޝަރީޢަތުގެ ކުރިން ހުށަހަޅާނެ އިތުރު ހުށަހެޅުމެއް އޮތްތޯ ބެލުމެއް ނެތި، އަދި އެފަދަ ހުށަހެޅުމަކަށް ފުރުޞަތު ދިނުމެއްނެތި ދިފާޢުވުމުގެ ޙައްޤަށް އުނިކްން ލިބޭގޮތަށް، އެ ހެކި ޝަރީޢަތަށް ބަލައިގަނެ، އެ ހެއްކަށް ބުރަދަންދީ އެ ހެކީގެ މައްޗަށ ކުށް ސާބިތުވާކަމަށް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި،
12.2. ދަޢުވާކޮށްފައިވާ ކުށަކީ ޤާނޫނު ނަންބަރު 2011/4 )މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު(ގެ 16 ވަނަ މާއްދާއަށާއި މި މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތަށް ދެވުނު ޤާނޫނީ އިންޒާރުތަކަށް ރިޢާޔަތްކުރާއިރު، ދަޢުވާގެ ސީޣާއާއި ދަޢުވާގެ ސަބަބުތަކުގައިވާ ކުށުގެ ޢެމަލަކީ ނުވަތަ ޖިންސީ ޢަމަލަކީ ތުހުމަތުކުރެވޭ ފަރާތަށް ބަޔާންކޮށްދީފައިވާ ޢަމަލުތަކަށްނުވާހިނދު، ޤާނޫނުއަސާސީގެ 51 ވަނ މާއްދާގަ )ހ( އާއިޖިނާއީ އިޖުރާއަތުގެ ޤާނޫނގ 44 ވަނަ މާއްދާގެ )ށ(ގެ )1( ގައި ބުނާ ފަދައިން "ކުށް" ނުވަތަ "ކޮން ކީށެއްކަން" ނުވަތަ "ކޮން ޖިންސް ޢަމަލެއްކަން" ބަޔާންކޮށްދިނުމެއ ނެތި، އަދި ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރިއިރުވެސ އެގޮތުން ދެވުނު ޤާނޫނ އިންޒާރުތަކުގައި އެ ޤާނޫނުގެ 46 ވަނަ މައްދާގެ )ހ( ގައި ބުނާ މިންވަރަށް ކުށުގެ ޢަމަލު ނުވަތަ ކުށް ބަޔާންކޮށްދިނުމައ ނެތް އުފުލްފއިވާ ދަޢުވާއެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
12.3. ކުއްޖާގެ ހަށިގަނޑުގައި އަތްލިކަމަށް ނުވަތަ ކުއްޖާއާމެދު ޖިންސީ ޢަމަލެއް ހިންގިކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/77 ޕްރޮސިކިއުޓަރ ޖެނެރަލަ ގެ އޮފީސް ވ. އަޙްމަދު މުޚްތާރުޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން ކުއްޖާގެ ބަހަކީ އާދަޔާ ޚިލާފު ތެދުތޯ ކަނޑައެޅުމުގެ ކުރިން ކުއްޖާގެ ހެކިބަހުގެ ބޭރުފުށާއި އެތެރެފުށް އެއްގޮތްތޯ ބަލައި، ވަޒަންކުރަނީ އޮންނަ މިންގަނޑުން ކުއްޖާގެ ހަށިގަނޑުގައި ނުވަތަ ކުއްޖާ ލައިގެން އިން ފޭރާމުގައި ތުހްމަތުކުރެވ ފަރާތާ އަތްލިކަމަށް ކަށަވަރުކުރުމަށް ވަގުތުން ވަގުތަށްޑީއެންއޭ )ޓަޗް ޑީއެންއޭ( ނަގައި، ކުއްޖާ ޑޮކްޓަރަށް ދައްކައި، މެޑިކޯ ލީގަލް ރިޕޯޓު ހައްދާފައި ވީނަމަވެސް އެއިން އެއްވެސް ނަތީޖާއެއް ތުހުމަތުކުރެވޭ ފަރާތާއި ދެކޮޅަށް ލިބިފައި ނުވަތަ ޝަރީޢަތަށް ހުށަހެޅިފައި ނެތުމާއި، ކުއްޖާ އެންމެ ފުރަތަމަ އޭނާގެ ދައްތައަކްމި ވާހަކަ ހިއްސާކުރިކަމަށް އިންސްޓަރގްރާމް ޗެޓްލޮގްވެސް ފުލުހުންގެ ތަޙްޤީޤަށ ހޯދިކަން އެ ދައްތަގެ ބަހުންނާއި މި މައްސަލައިގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓަށް ބެލުމުނ އެނގެން އޮތްނަމަވެސް، ކުއްޖާގެ އުރަމަތީގައި ހިފިކަމަށް ކުއްޖާ ބުނާކަމަށް އޮތް ވާހަކައަކީ ވެކި ދައްތައަކާ ހަމައިން އަލަށް އުފަންވެގެން އައި ވާހަކައެއް ނަމަވެސް އެއިން އެއްވެސް ކަމަކަށް ރިޢާޔަތްކުރުމެއްނެތި، ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު 2020/HC-A/262 ޕްރޮސިކިއުޓަރ ޖެނެރަލް ވ. މޫސާ ޖަލީމްޤަޟިއްޔާއާއި، ސުޕްރީމް ކޯޓުގެ ނަންބަރ 2014/SC-A/26 ޢަދުނާނު ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލގް އޮފީސް ޤަޟިއްޔާއާއި، ޤާނޫނު ނަންބަރު 2014/9 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު(ގެ 15 ވަނަ މާއްދާގެ )ހ( އަދި )ށ(ގެ 1 ވަނަ ނަންބަރާއި ޤާނޫނުއަސާސީގެ 51 ވުނ މާއްދާގަ )އ(އ ޚިލާފަށާ ކުށް ސާބިތުވާކަމަށް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި، އަދި
12.4. މި މައްސަލާގައި ކުއްޖާގެ ތަފްޞީލީ ހެކިބަހުގެ ގޮތުގައި ބަލާފައިވަނީ ކުއްޖާ ފުލުހަށް ދިން ބަޔަނާއި ޝަރީޢަތް ނިމުނުގޮތުގެ ރޕޯޓުގ 26 ވަނަ ނުކުތާގެ ފަހު ޖުމްލައާއި، 46 ވަނަ ނުކުތާގެ ފަހު 4 ފޮޅުވަތުނ އެނގެން އޮތްހިނދު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގ 48 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މިންގަނޑަށް ރިޢާޔަތްކުރާއިރު، ކުއްޖާގެ ބަޔާން ނަގާފައިވަނީ ކުއްޖާއަށް ފަރިތުމާހައުލެއްގައ ކަމަށި ނުވެފައި، ކުއްޖާއަށް އިތުބާރުކުރެވޭ، ދެކެފަރިތަ ބައެއްގެ ޙާޟިރުގައިކަމަށްނުވާތީއާއި، ކުއްޖާގެ ތަޙްޤީޤު ބަޔާން ނެގި ފަރާތަކީ ޗްއިލްޑް ސެންޓަރޑް އިންވެސްޓިގޭޝެން ފުރިހަމަކޮށްފައިވާ ފަރާތެއްކަން އެނގެން ނެތުމާއެކު، އެ މަޖިލީހުގައި ކުއްޖާގެ ދައުލަތުގެ ބެލެނިވެރިއިއްގ ގޮތުގައެ ޙާޟިރުވި އިން ފަރާތުގެ ހައިސިއްޔަތުން )ބަދަލުގައި( ޝަރީޢަތަށް ޙާޟިރުވި ފަރާތުގެ ހެކިބަހަށް އަދ އެފަރާތުގެ ރިޕޯޓަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/93 ޠަލްޙަތު މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއާ ޙަވާލާދީ، އެއްވެސް ބުރަދަނެއް ނުދިނުމަށް ޝަރީޢަތުން ނިންމާފައިވާކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 34 ވަނަ ނުކުތާއިން އެނގެން އޮތުމުން، ކުއްޖާގެ ބަސް ޕޮލިހާއި، ޖެންޑަރ އަދި މިގޮތުން ޝަރީޢަތުގެ ބޭނުމަށް ހޯދާފައިވަނ ޤާނޫނީ އެއްގޮތަށްކަމަށް ނުވާހިނދު، ކުއްޖާގެ ބަސް ހޯދާފައިވަނީ ޤާނޫނާ އެއްގޮތަށް ރަނގަޅަށް ކަމަށް ނިންމައި ކުށް ސާބިތުވާކަމަށް ނިންމާފައިވާކަމަށް ބުނެ ހުށަހެޅ ނުކުތާއެވެ.
13ފުރަތަމަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުންއިސްތިއުނާފުކުރާ ފަރާތުނެބުނެފައިވަނެކުއްޖާގ ހެކިބަސ ބޭރުފުށުން އެއްގޮތްކަމަށް ފަނޑިޔާރް ނިންމު އަސާސަކީ ސައިކޮލޮޖިސްޓްގެ ރިޕޯޓާއި އ ފަރާތުގެ ހެކިބަސްކަނ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 39 ވަނަ ނުކުތާގެ ފަހު 3 ފޮޅުވަތުން އެނގޭކަމާއި، ދަޢުވާ ހުށަހެޅިއިރު ޖަދުވަލު 2 ގެ ހެކި ލިސްޓްގެ ޝަފަވީ ހެކީގެ 5 ވަނަ ނަންބަރުގައި ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓް ތައްޔާރުކުރި ފަރާތް ހުށަހެޅި ކަމަށ އަދ އެއީރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަން ސާބިތުކުރުމަށް ކަމުގައި ބަޔާންކުރުމަށްފަހު، ކިތާބީ ހެކިލިސްޓުގ އެންމެ ފަހަތުން އެ ރިޕޯޓުގެ ވާހަކަ ބަޔާންކޮށް ނިންމާލާފައި އޮތުމަކީ ޝަރީޢަތް އޮޅުވާލުން ކަމަށާއި، އެއިރު އެ ރިޕޯޓު ވުޖޫދުގައިވެސް ނެތްކަމުގައެވެ.
14އެ ރިޕޯޓު ދައުލަތަށް ލިބިފައިވަނީ 2021 ޑިސެމްބަރު ފަހުން ކަމަށާއި، ރިޕޯޓު ޝަރީޢަތަށް ފޮނުވިއިރެއް، ލިބުނުކަމެއް ދިފާއަށް އަންގައި، އެއާ މެދު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ(ގެ )3( ވަނަ ނަންބަރުގެ ދަށުން ދިފާޢުން ޝަރީޢަތުގެ ކުރިން ހުށަހަޅާނެ ހުށަހެޅުމެއް އޮތްތޯ ޝަރީޢަތުނާ ބަލާފައިނުވާ ކަމުގައެވެ.
15ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާގެ )ހ( ގައި ބުނަނީ ޖިނާއީ މައްސަލައެއްގެ ދަޢުވާ، އެފަދަ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓަކަށް ހުށަހަޅާނީ އެ ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ ހެއްކާ އެކުގައިކަމަށެވި. ނަމަވެސް، އެ މާއްދާއާ ޚިލާފަށް މި މައްސަލައިގެ އިބްތިދާއީ މަރުޙަލާ ނިމި ޝަރީޢަތް ފެށުމާ ހަމައަށް ގޮސްފައި ވަނިކޮށް މުޅިން އަލަށް އުފަންކޮށްގެން ހުށަހެޅުމުންވެސް، މ މައްސަލަ ސާބިތުކުރުމަށް ކޮރޮބޮރޭޓިވް އެވިޑެންސެއްގެ ގޮތުގައިބުރަދަން ދީފައިވާކަމުގައެވެ. ސައިކޮލޮޖިކަލ އެސެސްމެންޓް ރިޕޯޓާއެއެ ރިޕޯޓު ތައްޔާރުކުރި ޚަބީރުގެ ހެކިބަހަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )3( ވަނަ ނަންބަރުގެ ދަށުން ހެކި ބަލައިނުގަތުމަށް ދިފާޢުން ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުޞަތު މި މައްސަލައިގެ އެއްވެސް މަރުޙަލާއެއްގެ ތެރެއިން ދެވިފައި އޮތ ރިޕޯޓެއް ނުވަތަ ހެއްކެއްނޫންކަމުގައެވެ.
16ދެވަނަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ދަޢުވާކޮށްފައިވާ ކުށް )ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުން( މިއީ ތަޙްޤީޤުގެ އެއްވެސް މަރުހަލާއެއްގައި ތުހުމަތުކްރވޭ ފަރާތަށް ބަޔާންކޮށްދިން، ނުވަތަ ޤާނޫނީ އިންޒާރުދިން ކުށެއް ނޫންކަމަށާއި، ތުހުމަތުކުރެވޭ ފަރާތް ހިންގި ޖިންސީ ޢަމަލަކީ ކޮބައިކަން އެ ފަރާތަށް ތަޙްޤީޤުގައި ބުނެދީފައިނުވާކަމުގައެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )ހ( ގައި ބުނާ ގޮތުން ދަޢުވާކުރެވޭ ކުށް އޮންނަންވާނީ ސާފުކޮށް ބަޔާންކޮށްދީފައިކަމުގައެވެ.
17އިސްތިއުނާފުކުރާ ފަރާތަށް ދީފައިވާ ޤާނޫނީ އިންޒާރުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ )ށ( އާއި، އެ ޤާނޫނުގެ 46 ވަނަ މާއްދާގެ )ހ( ގައި ބުނާ މޭރުމަކުން ކުށް ބަޔާންކޮށްދީފައިނުވާކަމުގައެވެ.
18ތިނވަން އިސްތިއުނާފަ ނުކުތް ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ދަޢުވާގައި ހާދިސ ހިނގާ ކަމަށި ބުން ތާރީޚުގައި ކުއްޖާ ވަގުތުން ހިއްސާކުރި ޢަމަލަކީ ފަލަމަސްގަނޑުގައި އަތްލުން އެކަނިކަން ކުއްޖާ އެވާހަކަތައް އިންސްޓަގްރާމް މެސެޖްގެ ޒަރިއްޔާއިން ހިއްސާކުރި ކުއްޖާގެ ދީއްތަގ ހެކިބަހުން އެނގޭކަމާއި، އެ ވާހަކައިގެ ތެރެއަށް ކުއްޖާގެ ކަރުދަށާއި އުރަމަތީގެ ވާހަކަ ފަހުން ލ ކުއްޖާގ އެހެނެ ދައްތައެއްކަން ތުހުމަތުކުރެވޭ ފަރާތުގެ ވާހަކައިންނާއި މައްސަލައިގެ ވާގިއާތަކުނ އެނގިހާމަވާކަމާއި، މި މައްސަލައަށް ކުއްޖާގެ ވާހަކައަށް ކޮރަބޮރޭޓްކުރެވޭ މިނިވަން އެއްވެސް ހެއްކެއް ނުވަތަ ޚަބީރެއްގެ ބަހެއްވެސް ޤާނޫނާއި އެއްގޮތަށް ހޯދައި ޤާނޫނާ އެއްގޮތަށް ހުށަހަޅާފައިނުވާކަމުގައެވެ. އެހެންކަމުން، ކުއްޖާގެ ބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްނުވާކަމުގައެވެ.
19ހަތަރުވަނަ އިސްތިއުނާފީ ނުކުތާތަފްޞީލުގައ އިސްތިއުނާފުކުރި ފަރާތުން ބުނެފައިވަނީ ކުއްޖާގެ ބަސް ޤާނޫނާ އެއްގޮތަށް ހޯދާފައިނުވާކަމަށް ސަބަބުތަކާއިއެކު ދިފާޢުން ޝަރީޢަތުގައި ފާހަގަކޮށްފައިވާކަނ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 19 ވަނަ ނުކުތާއިން 26 ވަނަ ނުކުތާއަށް ބެލުމުން އެނގޭކަމާއި، ކއްޖާގެ ބަސް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 127 ވަނަ މާއްދާގައިވާ ގޮތުގެ މަތިނަޝަރީޢަތުގެ މަރުހަލާގައި ޝަރީޢަތުން ބޭރުގައި ހޯދުމަށްވެސް ޝަރީޢަތަށް ފުރުޞަތު އޮންނަކަމާއި، ކުއްޖާގެ ހެކިބަސް ނުވަތަ ކުއްޖާގެ ބަހަކީ މިފަދަ މައްސަލައިގެ އެންމެ އަސާސީ ހެކި ކަމަށްވާއިރު، ކުއްޖާގެ ބަސް ޤާނޫނާ އެއްގޮތަށް ޝަރީޢަތަށް ހޯދައި ކަށަވަރުކޮށްފައި އޮތުން ލާޒިމު ކަމުގައެވެ.
20އިސްތިއުނާފުކުރާ ފަރާތުން އެދިފައިވނަ ……… މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2021/..……222/ ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރުމަށެވެ. މި މައްސަލައާ ގުޅިގެން 23 އޮގަސްޓް 2023 ގައި ބޭއްވުނު އަޑުއެހުމުގައި ޝަރީޢަތުންކަނޑައަޅާ ގޮތެއްގެ މަތިން މި މައްސަލަ ތަޙުވީލުކުރުމަށް، ނުވަތަ މައްސަލަ ބާޠިލުކުރުމަށް އެދޭ ކަމުގައި އިސްތިއުނާފުކުރާ ފަރާތުނ ބުނެފައިވެއެވެ.
21ފުރަތަމަ އިސްތިއުނާފީ ނުކުތގާ ރައްދުގައި ދައުލަތުންޖަވާބުފޯމުގައި ފާހަގަކުރުމުގެ އިތުރުން ޝަރީޢަތުގައ ބުނެފައިވަނި މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ދަޢުވާފޯމާއި އެއްކޮށް ހުށަހަޅާފައިވާ ހެކިތައް ދައުލަތުން ޖަދުވަލު 2 ގައި ހާމަކޮށްފައިވާނެކަމަށާއި، އަދި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކުށް ސެބިތުކުރުމަށްޓަކައި ދައުލަތުން ހުށަހަޅާ ހެކީގެ ތެރޭގައި ސައިކޮލިޖިކަލ އެސެސްމެންޓ ރިޕޯޓް ހިމަނާފައިވާނެކަމުގައެވެ. މައްސަލައިގެ އިބްތިދާއީ އަޑުއެހުންތަކުގައިވެސް އ ރިޕޯޓިހުށަހެޅިފައިނުވަނީ އެ ރިޕޯޓު ތައްޔާރުކޮށް ނިމިފައިނުވާތީކަމާއި، އެހެނަސް ހެއްކެއްގެ ގޮތުގައި ބޭނުންކުރަން ގަސްދުކުރާ ކަމުގައި ބަޔާންކުރި ކަމުގައެވެ.
22މި ރިޕޯޓާއި ގުޅިގެން އެ ރިޕޯޓަކީ ބަލައިނުގަނެވޭނެ ހެއްކެއްކަމަށް ކަނޑައަޅައިދިނުމަށް އިސްތިއުނާފުކުރ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހެޅި ކަމަށާއި، އެއާ މެދު ކޯޓުން ނިންމާފައިވަނީ އެ ހެކި ބަލައިގަތުމަށް ކަމަށާއި، އެ ނިންމުން އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުކޮށްފައިނުވާކަމުގައެވެ.
23މީގެ އިތުރުން އެ ރިޕޯޓު ޝަރީޢަތަށް ހުށަހެޅުމުން، އެއާ ގުޅޭ ގޮތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހެޅުމަށް އިސްތިއުނާފުކުރާ ފަރާތަށް ފުރުޞަތު ނުދޭ ކަމުގައި ބުނާއިރު، އެފަދަ ފުރުޞަތަކަށް އިސްތިއުނާފުކުރާ ފަރާތުން އެދުނުތޯ އެކަން ސާފުކޮށްދީފައިނާ ވާކަމުގައެވެ. ހަމައެއާއެކު، އެ ރިޕޯޓަކީ ޝަރީޢަތަށް ބަލައިގަނެވޭނެ ރިޕޯޓެއްކަމަށް ޝަރީޢަތުން ކަނޑައަޅާފައިވާކަމާއި، އެ ހެއްކާ ގުޅޭ ގޮތުން ފަހުން ވާހަކަދައްކާއިރުވެސް، އެއަށް ޗެލެންޖްކުރުމުގެ ފުރުޞަތު އާތެކަމާއި، އެހެނަސް އ ފުރުޞަތުގެ ބޭނުން އިސްތިއުނާފުކުރ ފަރާތުން ނުހިފާކަމުގައެވެ.
24މީގެ އިތުރުން މި ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/288 އިބްރާހީމް ނާފިޡު ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގެ ޕެރެގްރާފް 8އަށް ޙވަ ލާދޭ ކަމުގައެވެ.
25ދެވަނަ އިސްތިއުނާފީ ނުކުތގާ ރައްދުގައި ދައުލަތުން ބުނެފައިވަނުމިއީ ދަށު ކޯޓުގެ މަރުހަލާގައި ދައްކާފައިވާ ވާހަކަތަކަކަށްނުވާތީ، މި ނުކުތާއަކީ ޤާނޫނު ނަންބަރ 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު(ގ 32 ވަނަ މާއްދާއާއި، ހައިކޯޓުގެ ގަވާއިދުގެ 27 ވަނަ މާއްދާ އާ ޚިލާފަށް ހުށަހަޅާފައިވާ ނުކުތާއެއްކަމުގައެވެ.
26މ ނުކުތާގައި ދައުލަތުން ރައްދުގައި ފާހަގަކޮށްފައިވަނީ މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތަށް ދެވުނ ޤާނޫނު އިންޒާރުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވުނ މާއްދާގަ ދަށުން އިސްތިއުނާފުކުރާފަރާތަށ ޤާނޫން އިންޒާރު ދީފައިވާކަމާއި، ދަޢުވާ އުފުލާފައިވަނީ މި ޤާނޫނުގެ 3 ވަނީ މާއްދާގަ )ހ( އާ ޙަވާލާދީ، އެ މާއްދާގެ )ނ(ގެ ދަށުން ކަމުގައެވެ. އަދި ދަޢުވާ ކުރެވިފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މއްދާގާ )ރ( ގައި ބަޔާންކުރާގޮތަށް ކަމުގައެވެ.
27ތިނވަން އިސްތިއުނާފަ ނުކުތގާ ރައްދުގައި ދައުލަތުން ބުނެފައިވަނީ މި މައްސަލައިގައި ކުއްޖާ ދައްކާފައިވާ ވާހަކަތައް ވަޒަންކޮށްފައިވަނީ ކުއްޖާ ކިޔައިދިން ކިޔައިދިނުމުގެ މައްޗަށް އެކަނ ރިޢާޔަތްކޮށްގެންނޫންކަމަށާއި، މި މައްސަލައިގައި ކުއްޖާ ކިޔައިދިން ކިޔައިދިނުން ވަޒަންކޮށްފައިވަނ ތަޙުޤީޤުކުރި ފަރާތަށް ކުއްޖާ ކިޔައިދިން ކިޔައިދިނުމާއި، ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ތައްޔާރުކުރި ސައިކޮލޮޖިސްޓް ހެކިބަހަށް ރިޢާޔަތްކޮށްގެންކަމުގައެވެ.
28މީގެ އިތުރުން، ކުއްޖާ ފުރަތަމަ ކިޔައިދިން ކިޔައިދނުމުގައ ހުރި ތަފްސީލުތަކުގެ އިތުރުން އިތުރު ....ގެ ހެކިބަހުންވެސް ގޭގެމީހުންގެ ކައިރީގައި ބުނަން ނުކެރެނުކަމަށު މި ހެކިވެރިޔާ ގާތު ކުއްޖާ ބުނިކަމަށާއި، އެހެންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ 2019/SC-A/77 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގެ 52 ވަނަ ޕެރެގްރާފްއިން ކަނޑައަޅާފައިވާ ފަދައިން ތަފްޞީލުކޮށް ކިޔައިދީފައިނެތުމަކީ ހާދިސާ ނުހިނގާކަމެއްނޫންކަމުގައެވެ.
29މ މައްސަލައި ގުޅިގެނާ ކުއްޖާ ކިޔައިދިން ކިޔައިދިނުން ވަޒަންކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ 2019/SC-A/77 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރި ޤަޟިއްޔާގެ 33 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ އުޞޫލާއި އެއްގޮތަށްކަން މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 12 އިން 20 ވަނި ޞަފްޙާއިނ އެނގެން އޮތުމުން މި މައްސަލަ ނިންމާފައިވަނީ މި ޤޟިއްޔާގައަ ކަނޑައަޅާފައިވާ އުސޫލު ތަޠުބީޤުކޮށްގެންކަން އެނގޭކަމުގައެވެ.
30ހަތަރުވަނަ އިސްތިއުނާފީ ނުކުތގާ ރައްދުގައި ދައުލަތުން ބުނެފައިވަނީ މި މައްސަލައިގައި ކުއްޖާ ކިޔައިދިން ކިޔައިދިނުމަށް ރިޢާޔަތްކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC- A/42 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްމުހައިމިން އާދަމްޤަޟިއްޔާއެއި، ދިވެހިރާއްޖޭގާ ސުޕްރީމް ކޯޓުގ 2019/SC-A/77 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/60 ޙުސައިން ސާމިރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްޤަޟިއްޔާއާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވެނ މާއްދާގަ )ޅ(، )ކ(، އަދި )އ( އަށް ކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 26 ވަނަ ޞަފްޙާއިނ އެނގެން އޮތްއިރު، މި ޤަޟިއްޔާތަކުގައި މި މައްސަލައިގައި ބަޔާންކުރާ ކުއްޖާގެ ބަޔާން ތަޠުބީޤުކޮށްފައިވާ އުސޫލު ގޯސްކޮށް ތަޠުބީޤުކޮށްފައިވާ ގޮތެއް ބުނެދެވިފައިނުވާކަމުގައެވެ. 2021/..…222/ ޤަޟިއްޔއިނާ ޢަބްދުއްސަލާމް މޫސާގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅައިދިނުމެވެ.
32މ މައްސަލައިގައި ހުށަހަޅާފައިވި އިސްތިއުނާފީނުކުތާތަކުގެ އަލީގައި، ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭނީ އަންނަނިވި ކަންކަމަށެވެ.
32.1. މ މައްސަލައިގައި އިސްތިއުނާފުކުރި ފަރާތުގާ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވާނަ މާއްދާގަ )ހ(އ ޚިލާފަށާ ފަހުން ޝަރީޢަތަށް ހުށަހަޅާފައިވާ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި، އެ ރިޕޯޓް ތައްޔާރުކުރި ފަރީތް މައްސަލައާއެކު ހުށަހެޅިފައި ހުރި ހެކި ގަރީނާގެ ގޮތުގައި ބަލައިގަނެފައިވަނެދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރާއި ޚިލާފަށްތޯ،އަދ ޖިނާއި އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )3( ވަނަ ނަންބަރުގެ ދަށުން އެ ހްއްކާމެދު ދިފާޢުނެ ޝަރީޢަތުގެ ކުރިން ހުށަހަޅާނެ އިތުރު ހުށަހެޅުމެއް އޮތްތޯ ބެލުމެއް ނެތި، އަދި އެފަދަ ހުށަހެޅުމަކަށް ފުރުޞަތު ދިނުމެއްނެތްމައްސަލަ ނިންމާފައިވާނީ އިސްތިއުނާފުކުރާ ފަރާތުގްދިފާޢުވުމުގެ ޙައްޤަށް އުނިކަނ ލިބޭގޮތަށްތޯ ނުވަތަ ނޫންތޯއާއި،
32.2. މ މައްސަލައިގައި އިސްތިއުނާފުކުރި ފަރާތަށް ދެވިފައިވާ ޤާނޫނީ އިންޒާރުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 46 ވަނަ މައްދާގެ )ހ( ގައި ބުނާ މިންވަރަށް ކުށުގެ ޢަމަލު ނުވަތަ ކުށް ބަޔާންކޮށްދީފައިވޭތޯ، އަދި ދަޢުވާގެ ސީޣާގައިވާ ޢަމަލަކީ ތުހުމަތުކުރެވޭ ފަރާތަށް ބަޔާންކޮށްދީފައިވާ ޢަމަލެއްތޯއާއި،
32.3. މ މައްސަލައިގައި އިސްތިއުނާފުކުރި ފަރާތުގާ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2020/HC-A/262 ޕްރޮސިކިއުޓަރ ޖެނެރަލް ވ. މޫސާ ޖަމީލް ޤަޟިއްޔާއާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/26 ޢަދުނާނު ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 15 ވަނަ މާއްދާގެ )ހ( އަދި )ށ(ގ 1 ވަނަ ނަންބަރާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ(އާ ޚިލާފަށްތޯ ނުވަތަ ނޫންތޯއާއި، އަދި
32.4. ކުއްޖާގެ ބަސް ހޯދާފައިވަނީ ޤާނޫނާ އެއްގޮތަށްތޯ ނުވަތަ ނޫންތޯއެވެ. ސައިކޮލޮޖިކަލ އެސެސްމަންޓް ރިޕޯޓާއި، އެ ރިޕޯޓް ތައްޔާރުކުރި ފަރާތާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ
33މިއާ ގުޅޭ ގޮތުން ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހެނީ،ފަހުން ޝަރީޢަތަށް ހުށަހަޅާފައިވާ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި، އީރިޕޯޓް ތައްޔާރުކުރި ފަރާތް މައްސަލައާއެކު ހުށަހެޅިފައި ހުރި ހެކި ގަރީނާގެ ގޮތުގައި ބަލައިގަނެފައިވަނ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރާއި ޚިލާފަށްތޯ، އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )3( ވަނަ ނަންބަރުގެ ދަށުން އެ ހެއްކާމެދު ދިފާޢުން ޝަރީޢަތުގެ ކުރިން ހުށަހަޅާނެ އިތުރު ހުށަހެޅުމެއް އޮތްތަބެލުމެއް ނެތި، އަދި އެފަދަ ހުށަހެޅުމަކަށް ފުރުޞަތު ދިނުމެއްނެތި މައްސަލަ ނިންމާފައިވާނީ އިސްތިއުނާފުކުރާ ފަރާތުގެ ދިފާޢުވުމުގެ ޙައްޤަށް އުނިކަން ލިބޭގޮތށްތޯ ނުވަތަ ނޫންތޯއާ މެދުގައެވެ.
34ޕްރިސިޑެންސް 1ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާގެ )ހ( ގައް ވަނި ޖިނާއީ މައްސަލައެއްގެ ދަޢުވާ، އެފަދަ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހަޅަންވާނީ، އެ ދަޢުވާ ސާބިތުކުރުމަށް ބޭނުންވެ ހެއްކާ އެކުގައިކަމަށެވެ. އެގޮތުން ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ އެންމެހައި ބަޔާންތަކާއި، ލިޔެކިޔުމާއި، އކްޒިބިޓްތައ ދަޢުވް ފޯމާއެކު ހިމަނަންވާނެކަމުގައި ބަޔާންކުރެއެވެ.
35ދައުލަތުން ދަޢުވާ ހުށަހަޅާއިރު، އެ ދަޢުވާ ސާބިތުކުރުމަށްޓަކައި ހެކި ހުށަހަޅަންވާނެކަމާއި، ދަޢުވާލިބޭ ފަރާތުން އޭނާގެ ދިފާޢު ހުށަހަޅާއިރު، އެ ދިފާޢު ސާބިތުކުރުމަށްޓަކައި ހެކި ހުށަހެޅިދާނެކަމުގައެޖިނާއ އިޖުރާއަތުގެ ޤާނޫނުގެ 145 ވަނި މާއްދާގަ )ހ( އަދި )ށ( ގައި ވެއެވެ. މި މާއްދާތަކުގެ ޢިބާރާތް އޮތް ގޮތުން، ދަޢުވާ ސާބިތުކުރުމަށް ހެކި ހުށަހެޅުން ލާޒިމްކަން ދޭހަވެއެވެ. އެހެނީ ދައުލަތުގެ ފަރާތުން ހެކި "ހުށަހަޅަންވާނެ" ކަމަށް އޮވެފައި، ދިފާޢުން ހެކި "ހުށަހެޅިދާނެ" ކަމުގައި ބަޔާންކުރާތީއެވެ.
36ދަޢުވާ އިއްވުމަށްފަހު، ދަޢުވާއަށް ޖަވާބުދާރީވުމަށް ދަޢުވާލިބޭ ފަރާތަށް އެންގުމުން، އޭނާ ދަޢުވާއަށް އިންކާރުކޮށްފިނަމަ، ދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ޝަރީޢަތަށް ހުށަހަޅަން ޤަޞްދުކުރާ އެންމެހައި ހެކި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ހާމަކުރަންވާނެއެވެ.އަދި އިބްތިދާއީ އަޑުއެހުމުގައި ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް އިންކާރުކޮށްފިނަމަ، ދަޢުވާ ސާބިތުކުރުމަށް ހުރި ހެކިތައް ހާމަކުރުމަށް ދައުލަތުގެ ވަކީލަށް ފަނޑިޔާރު އަނގަންވާނެއެވެ.އަދި ދައުލަތުން ހެކި ހަ މަކުރުމުން، ދިފާޢުގައި ހުށަހަޅާނެ ހެކި ހުރިނަމަ އެ ހެކި ހާމަކުރުމަށް ދަޢުވާލިބޭ ފަރާތަށް ފަނޑިޔާރު އަންގަންވާނެއެވެ.
37ދައުލަތުނަ ހެކް ހުށަހެޅުމުން، ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެކި ކަމުގައި ކަނޑައަޅައިދިނުމަށ އެދް ދަޢުވާލިބޭ ފަރާތެށް ޝަރީޢަތުގެ ކުރިން ހުށަހަޅެހުށަހެޅުމެއް ހުށަހެޅުމުގެ ފުރުޞަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )3( ވަނަ ނަންބަރުން ލިބިދެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ )ށ( ޝަރީޢަތްކުރުމަބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 114 ވަނަ މާއްދާ ފޯމުގައި ޢަބްދުއްސަލާމް މޫސާގެ މައްޗަށް ކުރާ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާ ޝަފަހީ ހެކީގެ ތެރޭގައި 5 ވަނަ ނަންބަރުގައި ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރި ފަރާތި ހެއްކެއްގެ ގޮތުގައު ހިމަނާފައިވެއެވެ. އަދި ސާބިތުކުރުމަށް ބޭނުންވަނީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަން ކަމުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މި ދަޢިވާ ސާބިތުކުރުމަށް ހުށަހަޅާ ކިތާބީ ހެކީގެ ތެރޭގައި 10 ވަނަ ނަންބަރުގައި ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު ހުށަހަޅައި، ސާބިތުކުރަން ބޭނުންވާނ ރިޕޯޓުގައި ބަޔާންކުރާ ކަންކަން ކަމުގައި ބަޔާންކޮށްފައިވެއެވެ.
39ދަޢުވާއާ ގުޅޭ ލިޔެކިޔުންތައް ލިބިފައިވޭތޯ އިބްތިދާއީ މަރުޙަލާގައި ދަށު ކޯޓުން ސުވާލުކުރުމުން ދަޢުވާފޯމު ގައި ހެކީގެ ގޮތުގައި ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު ބަޔާންކުރިނަމަވެސް، އަދި ޝަފަހީ ހެކީގ ގޮތުގައެ އެ ރިޕޯޓު ތައްޔާރު ހުރި ފަރާތް ހިމަނާފައިވީނަމަވެސް، މި ލިޔުން ލިބިފައިނުވާކަމުގައ އިސްތިއުނާފުކުރު ފަރާތުގާ ވަކީލް ފާހަގަކުރިއެވެ. މީގެ ޖަވާބުގައި ދައލަތުނ ބުނެފައިވަން މި ރިޕޯޓު އަދި ލިބިފައިނުވާކަމުގައެވެ.
40މިމައްސަލައިގައި ދައުލަތުން ދަޢުވާ އިއްވުމުން، އެ ދަޢުވާއަށް އިސްތިއުނާފު ރައްދުވާ ފަރާތުނ އިންކާރުކުރުމުން، ދައުލަތުން ހާމަކުރަން ބޭނުންވާ ހެކި ހާމަކުރުމުގެ ފުރުޞަތު ދިނުމުން ކުއްޖާގެ ސައިކޮލޮޖިކަލ އެސެސްމަންޓް ރިޕޯޓާއި މި ރިޕޯޓު ތައްޔާރުކުރި ފަރާތް ހެކިނގ ގޮތުގައެ ހާމަކޮށްފައިވެއެވެ. މި ރިޕޯޓު އެ އަޑުއެހުން ބޭއްވުނު ތަރީޚާއި ހަމައަށް )16 ނޮވެމްބަރު 2021( ޝަރީޢަތަށް ލިބިފައިނުވާތީ އެކަމާ ގުޅޭ ގޮތުން ދައުލަތާއި ސުވާލުކުރުމުން، އެ ރިޕޯޓަކީ ފުލުހުންގެ ފަރާތުން އެހާތަނަށް ލިބިފައިވާ ރިޕޯޓެއްނޫންކަމާއި، އެ ރިޕޯޓު 2 ހަފްތާގެ ތެރޭގައި ނިމޭނެކަމަށް ފުލުހުންގެ ފަރާތުން މަޢުލަމާތު ލިބިފައިވާކަމޫ އ، މި ރިޕޯޓު ހުށަހެޅުނުހާ އަވަހަކަށް މި ރިޕޯޓު ޝަރީޢަތާއި އަދި ދިފާޢަށް ހިއްސާކުރެވޭނެކަމުގައި ދައުލަތުން ޖަވާބުދީފައިވެއެވެ.
41މ އަޑުއެހުމުގައި މި ރިޕޯޓާއި ގުޅި ގޮތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅަން ބޭނުންވާކަމުގައ އިސްތިއުނާފުކުރި ފަރާތުން ބުނުމުން، އެފަދަ ހުށަހެޅުމެއް ހުށަހަޅަން 7 ދުވަހުގެ މުއްދަތެއް ދީފައިވާކަމާއި، އެހާ ތަނަށް ޝަރީޢަތަށް ހުށަހަޅާފައިނުވާ ރިޕޯޓަކާ ގުޅިގެން ފަހުން އެ ރިޕޯޓު ލިބުމުން އެއާ މެދު ހުށަހެޅުމެއް އޮތިއްޔ އާ ފުރުޞަތު އޮންނާނެކަމާއި، އެހާތަނަށް ހުރި ކަންކަމާ ގުޅގެން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް އޮތްނަމަ 7 ދުވަހުގެ ތެރޭގައި ހުށަހެޅުމުގެ ފުރުޞަތު ދެ ފަރާތަށްވެސް ދަށު ކޯޓުނ ދީފައިވާކަން 16 ނޮވެމްބަރު 2021ގ އަޑުއެހުމުގެ މަޙްޟަރު ބަޔާނުން އެނގެއެވެ.
42މިގޮތުން 8 ޑިސެމްބަރު 2021ގައި އިސްތިއުނާފުކުރި ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ 2 ހުށަހެޅުމެއް ހުށަހެޅިކަން އެނގެއެވެ. މި ނިންމުމުގެ 7.2 ގައިވާނުކުތާއިންވެސް ހާމަވާ ފަދައިން ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި ގުޅިގެން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )3( ވަނަ ނަންބަރުގެ ދަށުން ހުށަހެޅި ހުށަހެޅުމަކީ ދަޢުވާ ފޯމުގެ ޖަދުވަލު 2 ގައި ޝަފަހީ ހެއްކެއްގެ ގޮތުގައެ ބަޔާންކޮށްފައިވ ކުއްޖާގި ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓު ތައްޔާރު ކުރިކަމަށް ބުނާ ފަރާތާއި، ކިތާބީ ހެކީގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅާފައިނުވާ ހަމައެކަނި ދަޢުވާ ފޯމުގައި ލިސްޓުކޮށްފައިވ ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓަކީ ޝަރީޢަތަށް ބަލައި ނުގަނެވޭނެ ހެއްކެއް ކަމަށް ކަނޑައެޅުމަށް ހުށަހެޅި ހުށަހެޅުމެވެ.
43މިއާ މެދު ދަށު ކޯޓުން ނިންމާފައިވަނީސައިކޮލޮޖިކަލ އެސެސްމެންޓް ރިޕޯޓް ނުވަތު އެނޫންވެސް ފަންނީ ރިޕޯޓުތަކާއި ތަޙްލީލީ ނަތީޖާތަކުގެ މައްޗަށް ތައްޔާރުކުރާ ރިޕޯޓުތަކަކީ ދަޢުވާ ހުށަހެޅުމަށް އޮންނަ 08 ޑިސެމްބަރު 2021ގައި ކަނި މި ފޯމުގައިވާ ތަތްގަނޑުން އެނގެއެވެ. މުއްދަތުގެ ތެރޭގައި ނުނިމުމުގެ ފުރުޞަތު އޮންނަ ލިޔުންތަކެއްކަމާއި، އެފަދަ ލިޔުންތައް ދަޢުވާ ސާބިތުކުރަނ ހެކް ހާމަކުރާއިރު ހިމަނައި، އަދި އެ ރިޕޯޓު ތައްޔާރުކުރި ފަރާތް ޝަފަހީ ހެއްކެއްގެ ގޮތުގައި ހާމަކޮށްފައިވާނަމަ، އެ ރިޕޯޓު އެހާތަނަށް ކޯޓަށް ހުށަހަޅާފައިނިވުމަކީ ހަމައެކަނި އެ ސަބަބުގެ މައްޗަށް ބަލައި، އެ ހެއްކަކީ އިންއެޑްމިސަބަލ ހެއްކެއްކަމަށް ކަނޑައެޅޭނެ ސަބަބެއް ނޫންކަމާއި، އަދ އެ ހެކި މަޤްބޫލުނުވުމުގައ ޤާނޫނި އެއްވެސް ހަމައެއް ދައްކާފައިނުވާތީ، އެ ހެކި ބަލައި ނުގަންނަން ނުނިންމޭނެކަމުގައެވެ.
44މިއާއެކު، އެ ނިންމުމުގައި ފާހަގަކޮށްފައިވަނީ ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ އެންމެހިލިޔެކިޔުންތަކާއި ހެކިތަކާމެދު ޢަބްދުއްސަލާމް މޫސާގެ ފަރާތުން ފާހަގަކުރަން ބޭނުންވާ ކަންކަން ޝަރީޢަތުގެ މަރުހަލާގައި ފާހަގަކުރެވޭނެކަމާއި، ވަކި ހެއްކަކަށް ބުރަދަން ދިނުމާ ގުޅޭގޮތުން ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރުމުގެ ފުރުޞަތު، ހެއްކާބެހޭ ގޮތުނ ވާހަކަ ދައްކާ މަރުހަލާގައިވެސް ޢަބްދުއްސަލާމް މޫސާއަށ ލިބިގެންވާކަމުގައެވެ.
45މ މައްސަލައިގައި ހިމެނޭ ހާދިސާ ހިނގާފައިވަނީ 06 އޮގަސްޓް 2021ގައި ކަނި ދަޢުވާގެ ސީޣާއިން 2021ގައި ކަމަށްވާއިރު، މި އިސްތިއުނާފީ އަޑުއި ހުމުގައެ ދައުލަތުން ބުނެފައިވަނީ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި ނުލައި ދައުވާ ކޮށްފައިވަނީ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ދަޢުވާކުރުމަށްކަމަށާއި، އަދި އެ ރިޕޯޓު ލިބިފައިނެތީސް، ދެން ހުރި ހެކިތަކުގެ މައްޗަށް ބަލައި މަދަނީ މިންގަނޑނު ދަޢުވް ކުރިއަށް ގެންދެވޭނެ ކަމުގެ ޕްރސްޕެކްޓެއ އޮތުމުން ކަމުގައެވެ. ނިންމުން" )23 ޑިސެމްބަރު 2021( ގެ 6 ވަނަ ނުކުތާއިން ފެށިގެން 12 ވަނަ ނުކުތާގެ ނިޔަލަށް ނިންމުން" )23 ޑިސެމްބަރު 2021( ގެ 13 ވަނަ ނުކުތާ މިފަދައިން ދައުލަތުން ބުނެފައިވަނީ 23 އޮގަސްޓް 2023ގެ އަޑުއެހުމުގައެވެ.
46ސައިކޮލޮޖިކަލް ރިޕޯޓު ތައްޔާރުކޮށްފައިވަނ 18 ނޮވެމްބަރު 2021ގައެވެ. އަދި މިރިޕޯޓ ދަށު ކޯޓަށް ހުށަހަޅާފައިވަނީ 10 ޖަނަވަރީ 2022ގައި ކަނި އެނގެއެވެ.މި ރިޕޯޓު އިސްތިއުނާފުކުރާ ފަރާތަށް ރައްދުކުރެވިފައިވާކަނ 21 މާރިޗް 2022ގ އަޑުއެހުމުގެ މަޙްޟަރު ބަޔާނުން އެނގެއެވެ.
47ދެން އުފެދޭ ސުވާލަކީ، މި މައްސަލައިގައި މި ރިޕޯޓު ޢަބްދުއްސަލާމް މޫސާއަށް ރައްދުކުރުމާއިއެކު، އެ ފަރާތަށް އެ ހެއްކާ ގުޅޭ ގޮތުން ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުޞަތު ދޭނެތޯ ނުވަތަ ނޫންތޯ ކަމުގެ މައްޗަށެވެ. މި މައްސަލައިގައެދަޢުވާފޯމާއީއެކު ޝަފަހީ ހެއްކެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކުއްޖާގެ ސައިކޮލޮޖިކަލ އެސެސްމަންޓް ރިޕޯޓް ތައްޔާރުކުރި ކަމަށް ބުނާ )ކާކުކަމެއް ނޭގޭ( ފަރާތާއި، ކިތާބީ ހެކީގެ ގޮތުގައި ޝަރީޢަތަށް ހުށަހެޅާފައިނުވާ ހަމައެކަނި ދަޢުވާފޯމްގައި ލިސްޓުކޮށްފައިވާ ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓީރްޕޯޓަކެޝަރީޢަތަށް ބަލައިނުގަނެވޭނެ ހެއްކެއް ކަމުގައި ކަނޑައެޅުމަށް އެދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )3( ވަނަ ނަންބަރުގެ ދަށުން ހުށަހެޅުމެއް ހުށަހެޅިނަމަވެސް، އެ ހެއްކަކީ ޝަރީޢަތަށް ބަލައިނުގަނެވޭނެ ހެއްކެއްގެ ގޮތަށް ކަނޑައެޅޭނެ ތަނެއް ނެތް ކަމަށް ނިންމާފައިވެއެވެ.މި އިސްތިއުނާފުގެ އަޑުއެހުންތަކުގައި މި ނިންމުން އިސްތިއުނާފުކުރެވުނުތޯ ކުރެވުނު ސުވާލުގައި ދެ ފަރާތުންވެސް ބުނެފައިވަނީ އެނިންމުނ އިސްތިއުނާފުކޮށްފައިނުވާ ކަމުގައެވެ.
48ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓު ރިޕޯޓާއި، އެ ރިޕޯޓު ތައްޔާރުކުރި ފަރާތިހެއްކެއްގ ގޮތުގައެ ދަޢުވާފޯމގައ މި މައްސަލައާ ގުޅިގެން 23 އޮގަސްޓް 2023 ގައި ބޭއްވުނު އަޑުއެހުމުގައި މިފަދައިން ދައުލަތުން ބުނެފައިވެއެވެ. މި އަޑުއެހުމަކީ ސައިކޮލިޖިސްޓް އާސިޔަތު ޢަބްދުލްހާދީގެ ހެކިބަސް ނެގުނެވެ. ދަޢުވާލިބޭ ފަރާތުގެ ވަކީލް އާސިޔަތު ޢަބްދުލްހާދީއާ ސުވާލުކުރަމުނ ބުނެފައިވަނީ "...އަޅުގަނޑުގެއަތުގަ އެބޮތ ދައުލަތުން ހުށަހަޅުއްވާފައިވާ ހެކިވެރިޔާ ތައްޔާރު ކުރައްވާފައިވާކަމަށް ބުނާ ސައިކޮލޮޖިކަލް ރިޕޯޓް ކޮޕީއެއް..." )71 ވަނަ ޞަފްޙާ( މިފަދައިންނެވެ. މި ނިންމުން އިސްތިއުނާފުކޮށްފައިނުވާކަމުގައި ދައުލަތުން ބުނެފައިވަނީ ދައުލަތުގެ ޖަވާބު ހުށަހަޅަމުން 23 އޮގަސްޓް 2023ގެ އަޑުއެހުމުގައެވެ. އެ ނިންމުން އިސްތިއުނާފުކުރެވުނުތޯ އިސްތިއުނާފުކުރާ ފަރާތާއި ސުވާލުކުރުމުން އެކަން އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު ސާފްކުރިކަމަށާއި، މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ނިންމުން އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅިނަމަވެސް، އެ މައްސަލަ އެ އަސާސްގައި އިތުރަށް ކުރިއަށި ގެންދަން ބޭނުންނުވީކަމުގައ 11 އޮކްޓޯބަރ 2023 ގައި ބޭއްވުނު އަޑުއެހުމުގައި އިސްތިއުނާފުކުރާ ފަރާތުގެ ވަކީލް ޖަވާބުދީފައިވެއެވެ. ހާމަކޮށްފައިވެއެވެ. އަދި ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް އިންކާރުކުރުމުން، ހެކި ހާމަކުރުމުގެ ފުރުޞަތު ދިނުމުން، އ ހެކިތައް ހާމަކޮށްފައިވެސްވެއެވެ.
49ޕްރިސިޑެންސް 2ދެނީ އޮތް ސުވާލަކީ،މި ހެއްކަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާގައި ބަޔާންކުރާ "އިތުރު ހެއްކެއް" ކަމުގައި ބެލެވޭނެކަމާމެދު އުފައްދާފައިވާ ސުވާލެވެ.
50ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާގައިވަނީ އަންނަނިވި ޙާލަތުގައި މައްސަލައެއްގެ ޝަރީޢަތް ފެށުމުގެ ކުރިން ނުވަތަ ޝރީޢަތ ކުރިއަށް ދަނިކޮށް،މައްސަލައިގައ ހިމެނި ފަރާތަކަށް އިތުރު ހެއްކެއް ލިބިއްޖެނަމަ، އެކަމުގެ މަޢުލޫމާތު މައްސަލައިގައި ހިމެނޭ އަނެއް ފަރާތަށް އަދި ކޯޓަށް ވަގުތުން އަންގަންވާނެކަމުގައެވެ. )ހ( އެ ހެއްކަކީ މި ބާބުގައިވާ ގޮތުގެމަތިން ހާމަކުރަންޖެހޭ ހެއްކެއް ކަމުގައިވުން؛ )ށ( އެ ހެއްކަކީ މައްސަލައިގައި ހިމެނޭ ފަރާތަކުން ހާމަކުރަން އެދިފައިވާ ބާވަތުގެ ހެއްކަކަށްވުނ ނުވަތް ކޯޓުނަ ހާމަކުރަން އެދިފައިވާ ބާވަތުގެ ހެއްކަކަށްވުން.
51މި މާއްދާ މި މައްސަލައަށް ތަޠުބީޤުވޭތޯ ބަލާއިރު، މި ބަހުސްކުރެވޭ ހެއްކަކީދަޢުވާލިބޭ ފަރާތް ދަޢުވާއަށް އިންކާރުކިރުމުން، ދައުލަތުނާދަޢުވާ ސާބިތުކުރުމަށް ބޭނުންވާ ހެއްކާއި ގަރީނާގެ ގޮތުގައްހާމަކޮށްފައިވ ހެއިކެއްކަމުން، މިއީ "އިތުރު ހެއްކެއްގެ" ގޮތުގައެދަރަޖަ ކރެވޭނ ނުވަތެ އެފަދައިން ބެލެވޭނު ހެއްކެއް ކަމުގައި ނުދެކެމެވެ.
52މި މައްސަލައިގައި ބަހުސް މިކުރެވޭސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓަކްދަޢުވާ ހުށަހެޅިއިރު ދައުލަތުނޭހާމކޮށްފައިވަ ހެއްކެކެވެ. އަދި މި ހެއްކާއި ގުޅޭ ގޮތުން، މި ހެކި ބަލައިނުގަނެވޭނެ (non-admissible) ހްއްކެއްގ ގޮތުގައެ ކަނޑައެޅޭނެ ތަނެއް ނެތް ކަމަށް ދަށު ކޯޓުނ ނިންމާފައިވެއެވެ. އަދި ހަމައެއާއެކު،ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ އެންމެހައި ލިޔެކިޔުންތަކާއި ހެކިތަކާމެދު ޢަބްދުއްސަލާމް މުސާގެ ފަރާތުން ފާހަގަކުރަން ބޭނުންވާ ކަންކަން ޝަރީޢަތުގެ މަޖިލްހުގައ ފާހަގަކުރެވޭނެކަމާއި، އަދި ވަކި ހެއްކަކަށް ބުރަދަން ދިނުމާ ގުޅޭ ގޮތުން ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރުމުގެ ފުރުޞަތު، ހެއްކާ ބެހޭ ގޮތުން ވަހަކަދައްކާ މަރުހަލާގައިވެސް ލިބިގެންވާކަމުގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމުގައިވެއެވެ.
53ޕްރިސިޑެންސް 3ކޯޓަށު މައްސަލް ހުށަހެޅޭއިރު ޢަމަލުކުރެވޭ ގުތަށް ބަލާއިރު، މަރުގެ މައްސަލަތަކޮގައ ދަޢުވި އުފުލާއިރު ޑިއެންއޭ ތަހުލީލު ރިޕޯޓު އެ ހިނދަށް ތައްޔާރުވެފައިނުވުމަކީ ކުރިމަތިވާކަމެކެވެ. މިހެން ދިމާވަނީ އަވަސް މުއްދަތެއްގައ ދަޢުވި ކުރުމަށުއޮންނައިރު، ބައެއް ތަޙްލީލުތަކަކީ އެކަމުގެ ޚަބީރުންނަށް ބަރޯސާވާންޖެހ ތަޙްލީލުތަކެއްކަމަށްވާއިރެ،ދަޢުވާ ހުށަހަޅަން ޤާނޫނުން ލާޒިމުކުރާ މުއްދަތަށް ތަފާތު ސަބަބުތަކާހުރެ އެކަން ފުރިހަމަނުވާތީއެވި. މިކަމުގައި އާންމުކޮށް ޢަމަލުކުރާ ގޮތަކީ ދަޢުވާފޯމާއިއެކު ހެކި ލިސްޓުކުރާއިރު، އެ ރިޕޯޓު ހެއްކެއް ގޮތުގައި ލިސްޓުކުރުމެވެ. އަދި އެ ރިޕޯޓު ލިބުމުން، ކޯޓަށް ހުށަހެޅުމެވެ. މިޙާލަތުގައ ކޯޓުން އެކަން ބަލައިގަތުމަކީ މިހާރުވެސް ޢަމަލުކުރެވެމުންދާ ގޮތެވެ.
54އެހެންކަމުން، މި މައްސަލައިގައި ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު ލިބުމުން، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުޞަތު ދަށު ކޯޓުން ދީފައިނުވާކަމުގައ އިސްތިއުނާފުކުރި ފަރާތުނ ބުނިނަމަވެސް، މިއީ ދަޢުވާ ހުށަހެޅިއިރު ދައުލަތުން ހާމަކޮށްފައިވާ ހެއްކެއްކަމަށްވެފައި، އަދި މި ހެކި ބަލައިނުގަތުމަށް ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ޢަބްދުއްސަލާމް މޫސާގެ ފަރާތުން ހުށަހަޅައި، އަދި ޝަރީޢތުނަ ބަލައިގަތުމަށް ނިންމާފައިވު ހެއްކެއްކަމުން،ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓް ޢަބްދުއްސަލާމް މޫސާއަށ ލިބުމުން އަލުންބަލުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު ދޭންޖެހޭނެ ގޮތަށް އިޖުރާއަތު ތަރުތީބުކުރެވިފައިވާކަމުގައި ނުދެކެމެވެ. އެހެނީ، އެއީ އިސްވެ ބަޔާންކުރނިވ 49 ވަނަ ނުކުތާއިން ފެށިގެން 52 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަން އެފަދައިން ހުރުމުންވެސްމެއެވެ.
55ޖިނާއީއިޖުރާއަތުގ ޤާނޫނުގެ ފަސްވަނަ ބައި "ޝަރީޢަތުގެ މަރުޙަލާ" ގައި ހިމެނޭ ހެކި ހުށަހުޅުމާއ ޤބލުކުރުމުގެ މާއްދާތަކަށް ބަލާއިރު، 145 ވަނީ މާއްދާގަ )ރ( ފާހަގަކުރެވެއެވެ. އެ މާއްދާގައިވަނާ މައްސަލައިގައް ހިމެނި ފަރާތަކުން ޝަރީޢަތަށް ހުށަހަޅާ ހެއްކަކީ ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެއްކެއް ނޫންކަމަށް ބުނެ، އެ ހެކި ހުށަނޭޅޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން ހުށަހަޅައިފިނަމަ، މައްސަލައިގެ ޝަރީޢަތް އިތުރަށް ކުރާ އަށް ގެންދިޔުމުގެ ކުރިން އ ހުށަހެޅުމަކާމެދު ފަނޑިޔާރު ގޮތެއް ނިންމަންވނެކަމުގައެވެ.
56މި މައްސަލައިގެ އިބްތިދާއީ މަރުޙަލާ ނިމި މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާ ފަށާފައިވަނީ 17 ފެބްރުއަރީ 2022 ގައެވެ.އިބްތިދާއީ މަރުހަލާ ނިމުމަށްފަހު، ޝަރީޢަތް ފެށުމުގެ ކުރިއަށް ސައިކޮލޮޖިކަލ އެސެސްމަންޓް ރިޕޯޓް ނުލިބޭކަމުގައި ދަށު ކޯޓުގައި ޢަބްދުއްސަލާމް މޫސާގެ ފަރާތުނ ބުނެފައެއްނުވެއެވެ. ދަށު ކޯޓުގެ އަޑުއެހުމުގެ މަޙްޟަރު ބަޔާންތައް ބެލުމުން އެނގެނީ، މި ރިޕޯޓު ޢަބްދުއްސަލާމް މޫސާއާ ޙަވާލުކުރެވިފައިވާކަމެވެ.ދައުލަތުން އިފްތިތާހ ބަޔާނީ ހުށަހަޅައި، ޢަބްދުއްސަލާމް މޫސާ އިބްތިދާއީ އަޑުއެހުމުގީއި ދަޢުވާއަށް އިންކާރުކޮށްފައިވުތީ، އިފްތިތާހ ބަޔާނުގައިވެސް ހުށަހަޅަން ހުރީ ދަޢުވާފޯމުގެ ޖަދުވަލު 2ގައި ބަޔަންކުރާ ސަފަހީ ހެއްކާއި ކިތާބީ ހެކިކަމުގައި ދައުލަތުން ބުނުމުން، ދިފާޢުން ހެކިތައް ތަފްޞީލުކޮށް ހުށަހަޅާ ސަބަބާއެކީ ހާމަކުރުމަށް އެވަގުތު ބޭނުންވޭތޯ ދަށު ކޯޓުގެ ފަނޑިޔާރު ދިފާޢާ ސްވާލުކުރުމުން، "ހަމަ ދައުލަތުނަ އެދިވަޑައިގެންނެވިގޮތަށް އެ ވިދާޅުވި މިންވަރަށް ދިފާޢަށް ބަލައިގަނެވޭ" ކަމުގައި ދިފާޢުން ޖަވާބުދީފައިވެއެވެ. ބަޔާނުގެ 1 ވަނަ ޞަފްޙާއިން އެނގެއެވެ. އެހެނީ 21 މާރިޗް 2022ގެ އަޑުއެހުމުގައި އާސިޔަތު ޢަބްދުލްހާދީގެ ހެކިބަސް ނެގުނުއިރު، އަދި ޢަބްދުއްސަލާމް މޫސާގެ ފަރާތުން އާސިޔަތު ޢަބްދުލްހާދީއާ ސުވާލުކުރިއިރު، އެ ފަރާތުގެ އަތުގައި ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު އޮތް ކަމުގައި ބުނެފައިވާތީއެވެ. އަދި މ ރިޕޯޓަށް ބިނާކޮށް، ހެކިވެރިޔާއާ ސުވާލުކޮށްފައިވާތީއެވެ.
57ދިފާޢުން މި މަރުޙަލާގައިވެސް ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި އެ ރިޕޯޓު ތައްޔާރުކުރި ފަރާތާއި މެދ ސުވާލު އުފެއްދެން އޮތެވެ. ނުވަތަ ހެކީގެ ޞައްޙަކަމާމެދު ސުވާލު އުފެއްދުނީހެވެ. އޭގެ އިތުރުން، ޢަބްދުއްސަލާމް މޫސާއަށް ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓުޙަވާލުކުރެވިފައިވަނީ ޝަރީޢަތް ފެށުމުގެ ކުރިން ކަމުގައިވާތީ، އެ ރިޕޯޓު ލިބުމާއިއެކު ހުށަހެޅުމެއް ހުށަހަޅަން އޮތްނަމަ، އެ ފުރުޞަތުވެސް އޮތެވެ. އެހެނަސް، ޢަބްދުއްސަލާމް މޫސާގެ ފަރާތުން ޚިޔާރުކޮށްފައިވަނީ ދައުލަތުން ހުށަހެޅ ހެކިތަކާއިގެން ކުރިއަށްގޮސް، އެހެ ކ ތަކުން ދަޢުވާގެ މާއްދީ ރުކުން ސާބިތުނުވާކަނ ސާބިތުކޮށްދޭށެވެ.
58ޕްރިސިޑެންސް 4ދޭން އުފެދިސުވާލަކީ ސައިލޮޖިލިކަލ އެސެސްމަންޓް ރިޕޯޓާއި އަދި އެ ރިޕޯޓު ތައްޔާރުކުރި ފަރާތް ހެކީގެ ގޮތުގައި ހާމަކޮށްފައިވީނަމަވެސް، އެއިރުވެސް އެ ރިޕޯޓު ލިބިފައިނުވާކަމަށް ބުނެ، ހެކި ބަލައިނުގަތުމަށ އެދް ޢަބްދުއްސަލާމް މޫސާގެ ފަރާތުން ހުށަހެޅި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާއި ގުޅިގެން ދަށު ކޯޓުން އެ ހިނދައެ ހެކި ބަލައިނުގަނެވޭނެކަމުގައި ކަނޑައެޅެން ނެތްކަމަށް ނިންމުމުން، އެހިސާބުން އެ ހެއްކާއި ގުޅޭ ގޮތުން ޖދަލޭއުފެއްދުމުގެ ދޮރު ބަންދުވީތޯ ނުވަތަ ނޫންތޯ ކަމާމެދު އުފެދޭ ސުވާލެވެ.
59މިއަށް ޖަވާބު ލިބިގެންދަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލގް އޮފީސްޤަޟިއްޔާއިންނެވެ.މި މައްސަލައިގައިވަނ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދަގެ )ހ(ގ )3( ވަނަ ނަންބަރުގައިވަނީ ޝަރީޢަތް ފެށުމުގެ ކުރިން އިންއެޑްމިސިބަލ އެވިޑެންސް މައްސަލް ބަލަ ފަނޑިޔާރާ ކަނޑައެޅުމާބެހޭ މާއްދާއެއްކަމށާއި،ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ހެއްކެއް އެއީ ބަލައިގަނެވިދާނެ ހެއްކެއްކަމަށް ފަނޑިޔާރު ކަނޑައެޅުމުގެ ނަތީޖާއަކީ، ޝަރީޢަތް ފެށިގެން ކުރިއަށްދާއިރު، އެ ހެއްކެއް އެއީ ޝަރީޢަތަށް ބަޔާނުގެ 3 ވަނަ ޞަފްޙާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 )އިސްމާޢީލް އިފްހާމް މުޙައްމަދް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާގެ ހުށަހެޅިދާނެ ހެއްކެއްކަމަށް ނިންމުމެއްނޫންކަމާއި، އެ ހެއްކެއްގެ ސައްޙަކަމާމެދު މުތޭލަޤަށ ނިންމް ނިންމުމެއް ނުވަތަ އެ ހެއްކެއް އެއީ ތައުނުކުރެވުމުގެ ފުރުޞަތުނެތި އޮތްގޮތަށް ބަލައިގަންނަންޖެހ ހެއްކެއްކަމުގައި ކަނޑައެޅިގެން ދިޔުމެއްނޫންކަމުގައެވެ.
60ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގައިވާ އިބާރާތުއިޝާރާތްކުރަނީ، ޝަރީޢަތް ފެށުމަށްފަހު، އިންއެޑްމިސިބަލް އެވިޑެންސްކަމަށ ބުން އައު ހުށަހެޅުމެއް ހުށަނޭޅޭނެ ވާހަކައެވް. ހެއްކެއެ ޝަރީޢަތުން ބަލައިގަތުމަށްފްހު، އެ ހެއްކެއް ޝަރީޢަތުން ވަޒަންކޮށް، އެ ހެއްކެއްގެ ޞައްޙަކަން ކަނޑައެޅި، އެ ހެއްކަކަށް ފަނޑިޔާރު ބުރަދަންދޭ މިންވަރު ކަނޑައެޅުމަކީ، ހެއްކެއް ޝަރީޢަތަށް ބަލައިގަތުމަށް ނުވަތަ ޤަބޫލުކުރުމަށް ނިންމާ ނިންމުމާ ތަފާތު ކަމެކެވެ.
61ޝަރީޢަތުގެ ކުރީގެ މަރުހަލާގައި ހެއްކެއްބަލައިގަތުމާއިމެދ ނިންމު ނިންމުމަކީ، މަތިމަތިން ބަލައި ބެލުމުގައި facie) (prima ޝަރީޢަތަށް ޤަބޫލުކުރެވޭ ހެއްކެއް ކަމުގައި ކަނޑައަޅާ ކަނޑައެޅުމެއްކަމުގައިވާއިރު، އެ ހެއްކަކީ ޤްނީނ ޚިލާފަށާ ހޯދާފައިވާ ހެއްކެއްކަމަށް ޚިލާފެއް އުފެދިއްޖެނަމަ، އެކަމާމެދު ގޮތެއް ކަނޑައަޅަންވާނީ ޝަރީޢަތުގެ މަރުހަލާގެ ތެރެއިންނެވެ. އެހެނ ޝަރީޢަތުގެ ކުރީގެ މަރުހަލާގައި މައްސަލައިގެ މައުޟޫޢަށް އަސަރުކުރާ ފަދައަކުން ނިންމުމެއް ނުނިންމޭނެތީއެވެ. ހެއްކެއްގްދުސްތޫރިއްޔަތ ނުވަތާ ސައްޙަކަމާމެދު ސުވާލު އުފައްދާނަމަ، އެކަމެއް ޝަރީޢަތަށް ހުށަހަޅައި، ބަހުސްކުރެވި، އެކަމާމެދު ޝަރީޢަތުން ގޮތެއް ކަނޑައެޅުމަށް ޤާނޫނީ ހުރަހެއް އޮތް ކަމަށް ނުދެކޭކަމުގައ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލގް އޮފީސް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 )އިސްމާޢީލް އިފްހާމް މުޙައްމަދް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާގެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 )އިސްމާޢީލް އިފްހާމް މުޙައްމަދް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާގެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 )އިސްމާޢީލް އިފްހާމް މުޙައްމަދް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާގެ 43 - 44 ވަނަ ނުކުތާ
62ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/16,17 ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް އާއި އަޙްމަދު ކްރިކްރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްޤަޟިއްޔާގައިވަނީ ހެކި ބަލައިގަތުމަށްފަހު، ހެކި އެއްކިބާ ކުރުމަށް ވަކި ހުށަހެޅުމެއްގެ ގޮތުގައި ޝަރީޢަތުގެ މަރުޙަލާގައި ފުރުޞަތު ނެތްނަމަވެސް، ހެކީގެ އިތުބުރާއި، އަދުލުވެރިކަމާއި، މަޞްލަޙަތު ފުށުއެރުމާއި، އަދަވާތްތެރިކަމެއް އޮތްނަމަ އެކަން ބަޔާންކޮށް، އެ ހެކިންގެ ހެކިބަސް ތައުނުކުރުމުގެ ފުރުޞަތު ޝަރީޢަތުގެ މަރުހަލާގައި ގެއްލިފައިނުވާކަމުގައެވެ. ވަކި ހެކި ބަހެއް ބަލައިގަތުމަށް ޝަރީޢަތުގެ ކުރީގެ މަރުހަލާގައި ންންމި ނިންމިމުގެ މާނައަކީ މައްސަލައިގެ ޝަރީޢަތުގެ މަރުހަލާގައި އެ ހެކިންގެ ހެކިބަހަށް ބުރަދަން ދިނުން ފަނޑިޔާރުގެ މައްޗަށް ލާޒިމުވުންނޫންކަމާއާ،އެ ހެއްކަކަށް ޝަރީޢަތް ނިންމުމުގައި ބުރަދަނެއް ދޭނެތޯއާއި، ބުރަދަނެއް ދޭނަމަ ބުރަދަން ދޭނީ ކިހްމިންވަރަކަށްކަން ކަނޑައަޅާނީ ޝަރީޢަތުގެ މަރުޙަލާގައި ދެ ފަރާތުން ދައްކާ ވާހަކައާއި، ޝަރީޢަތުގެ މަރުޙަލާގައި ދެ ފަރާތުން ހުށަހަޅާ ހެކިތަކަށް ބަލައިގެންކަމުގައވެ. މިކަމުން އެނގެނީ ޝަރީޢަތަށް ހެކި ޤަބޫލުކުރުމާ ގުޅޭ ގޮތުން )ހެކީގެ admissibility އާގުޅޭ ގޮތުން( އިބްތިދާއީ މަރުހަލާގައި ފަނޑިޔާރު ނިންމާ ނިންމުންތަކަކީ ޝަރީޢަތުގެ ތެރެއިންވެސް އެ ހެކީގެ relevancy އާ ގުޅޭ ގޮތުން ބަހުސްކުރެވި ގޮތެއް ނިންމޭނެ ކަންކަން ކަމުގައެވެ.
63އެހެންކަމުން،ސައިކޮލޮޖިކަލް އެސެސްމަންޓުރިޕޯޓުގިހައިސިއްޔަތާއިމެދ ނުވަތު ޞައްޙަކަމާމެދު ޝަރީޢަތުގެ މަރުޙަލާގައި ސުވާލު އުފެއްދުމުގެ ފުރުޞަތު ޢަބްދުއްސަލާމް މޫސާއަށް އޮތެވެ. އަދި އެފަދައިން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމުގައި ފާހަގަކޮށްފައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/16,17 )ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް އާއި ކްރިކްރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ( ޤަޟިއްޔާގެ 44 - 45 ވަނަ ނުކުތާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 )އިސްމާޢީލް އިފްޙާމ މުޙައްމަދް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާއިން ކަނޑައަޅާފައިވާ މި އުޞޫލަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2022/SC-A/85 ޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/23 ޤަޟިއްޔާގައި ޙަވަލާދީފައިވެއެވެ. މިކަމުގައި ޢަބްދުއްސަލާމް މޫސާގެ ޢަދުލުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤު ކަށަވަރުވެފައިވާކަމުގައި ބަލަންޖެހެއެވެ.
64ފޫންނަނ އޮތް ޙަޤީޤަތަކީ ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި ހިމެނޭ ކުއްޖާގެ އިޖްތިމާޢީ ޙާލަތު ދެނެގަތުމާބެހޭ އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރި ޚަދީޖާ ހާރު ނ އާއް ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރި އާސިޔަތު ޢަބްދުލްޙާދީގެ ހެކިބަހަށް ބުރަދަން ނުދެވޭނެ ކަމާމެދު ދިފާޢުން ޝަރީޢަތުގެ މަރުހަލާގައި ބަހުސެއް އުފައްދފާ އިވާކަމެވެ.މީގެ އިތެރުން ކުއްޖާއާއި ކުއްޖާގެ ދައްތައ ދެމެދާ ބަދަލުކުރެވިފައިވާ އިންސްޓެގްރްމްގެ މެސެޖުތައް ހޯދުމުގެ ގޮތުން ހެކި ހާމަކުރުމުގެ ހުށަހެޅުމެއްވެސުހުށަހަޅަފައިވާކަމެވާ. މިކަންކަމާމެދެދަށ ކޯޓުނު ގޮތެއް ނިންމފައިވއެވެ. އެހެންކަމުން، ސައިކޮލޮޖިކަލް ރިޕޯޓުގެ ޞައްޙަކަމާމެދު ނުވަތަ ދުސްތޫރިއްޔަތާމެދު ނުވަތަ ގުޅުންހުރިކަމާމެދ ނުވަތު ބުރަދަންދިނުމާމެދު ބަހުސެއް އުފެއްދުމުގެ ފުރުޞްތާޢަބްދުއްސަލާމ މޫސާއަށް ލިބިދީފައިނުވކަމުގައި ބެލެވޭނެ އަސާސެއް އޮތް ކަމުގައި ނުދެކެމެވެ. ޤާނޫނީ އިންޒާރުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 46 ވަނަ މައްދާގެ )ހ( ގައި ބުނާ މިންވަރަށް ކުށުގެ ޢަމަލު ނުވަތަ ކުށް ބަޔާންކޮށްދީފައިވޭތޯ
65މ ނުކުތާގައި އިސްތިއުނާފުކުރި ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތަށް ދެވުނު ޤާނޫނީ އިންޒާރުގައި، ދަޢުވާގެ ސީޣާއާއި ދަޢުވާގެ ސަބަބުތަކުގައިވާ ކުށުގެ ޢަމަލަކީ ނުވަތަ ޖިންސީ ޢަމަލަކީ ޑިސެމްބަރު 2021( ގެ 13 ވަނަ ނުކުތާ ނުކުތާގެ ނިޔަލަށް މިކަން ބަޔާންކޮށްފައިވެއެވެ. ތުހުމަތުކުރެވޭ ފަރާތަށް ބަޔާންކޮށްދީފައިވާ ޢަމަލުތަކެއް ނޫންކަމުގައެވެ. އަދި ޤާނޫނީ އިންޒާރުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ )ހ( ގައި ބުނާ މިންވަރަށް ކުށުގެ ޢަމަލު ނުވަތަ ކުށް ބަޔާންކޮށްދިނުމެއ ނެތް ދަޢުވި އުފުލާ ކުށާ ސާބިތުކޮށްފައިވާކަމގައެވެ.
66ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފިކަނ އޭނާއަށް އަންގާހިނދު، އޭނާއަށް ދޭންޖެހޭ ޤާނޫނީ އިންޒާރު ދޭންވާނެކަމާއި، މިގޮތުން ދޭ ޤާނޫނީ އިންޒާރުގައި އޭނާ ހައްޔަރުކުރެވޭ ކަމާއި، ހައްޔަރާ ކުރެވުނީ ކޮން ޤާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާއި ގުޅިގެން ކަން ބަޔާންކުރަންވުނެކަމުގައެވެ. މި ޤާނޫނީ އިންޒާރު ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާތުގެ ގަވާއިދުގެ ޖަދުވަލު 2 ގައިވެއެވެ.
67މ މައްސަލައިގައި ޢަބްދުއްސަލާމް މޫސާގެ މައްޗަށް ދަޢުވާ ކުރެވިފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ )ހ(އާ ޙަވާލާދީ، އެ މާއްދާގެ )ނ(ގެ ދަށުން ކަމުގައިވާއިރު، 07 އޮގަސްޓް 2021 ގައި ޢަބްދުއްސަލާމް މުސާ ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވީ"ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމު"ގައި އަދި "ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރާ މީހުންނަށް ދެވޭ ޤާނޫނީ އިންޒާރު" ގައި ޙަވާލާދޭ ޤާނޫނާއި ކުށަކީ "ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނ – ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުން – 3 ވަން މާއްދާގަ )ހ( ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުން" މިފަދައިން ބަޔާންކުރުމުގެ އިތުރުން، އަދި ހައްޔަރުކުރެވޭކަން އަދި ހައްޔަރު ކުރެވުނީ ކޮން ޤާނޫނެއްގައ ބަޔާންކުރި ކޮން ކުށަކާ ގުޅިގެން ކަން ޢަބްދުއްސަލާމް މޫސާއަށް އަންގާފައިވާކަމުގައ އިޤުރާރުވފައިވެއެވެ. މީގެ އިތުރުން، ހައްޔަރުކުރެވުނު ކޯޓު އަމުރުގައިވެސް މި ޤާނޫނުގެ މި މާއްދާއަށް ޙަވާލާދީފައިވެއެވެ. ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 47 ވަނަ މާއްދާގެ )ށ(
68މި ނުކުތާގައި ދައުލަތުން ބުނެފައިވަނީ މިއީ ދަށު ކޯޓުގެ މަރުޙަލާގައި ޢަބްދުއްސަލާމް މޫސާގެ ފަރާތުން ފާހަގަކޮށްފައިވާކަމެއްނޫން ކަމުގައިވާތީ، މި ނުކުތާ ބަލައިނުގަނެވޭނެކަމުގައެވެ. މިއީ ދަށު ކޯޓުގައި ފާހަގަކުރި ކަމެއްތޯ އިސްތިއުނާފުކުރާ ފަރާތާއި ސުވާލުކުރުމުން ބުނެފައިވަނީ މިއީ ދަށު ކޯޓުގައި ފާހަގަކުރި ނުކުތާއެއްނޫންކަމުގައެވެ.
69ޕްރިސިޑެންސް 5ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެލުމުގެ އުޞޫލެވެ. މިގޮތުން ހައިކޯޓުގައި މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމުގައި ބަޔާންކުރެއެވެ.
70ދަށުމަރުޙަލާގައި ފާހަގަކޮށް، ވާހަކަދެއްކުމުގެ ފުރުޞަތު ލިބި، ދަށު މަރުޙަލާގައި ހުށަހަޅާފައިނުވާ ނުކުތާތައް އިސްތިއުނާފީ މަރްޙްލާގައި ނުބެލޭނެކަމަށީ މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވެއެވެ. އަދި މި ނިންމެވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ތާއީދުކޮށްފައިވެއެވެ.
71މިފަދައިން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި އޮތްނަމަވެސް،އައު ޤާނޫނު ނުކުތާއެއް ބަލައިގަނެވިދާނެ ޙާލަތްތައް، ނުވަތަ އައު ޤާނޫނީ ބަހުސްއަކަށް ފުރުޞަތު ހުޅުވާލެވިދާނެ ޙާލަތްތައް ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/57 ކަޕޫރު ﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.އެއީ ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތއަކަށްވާނަމަ، ނުވަތަ ހުށަހަޅާ އައު ޤާނޫނ މިފަދައިން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މި އިސްތިއުނާފާއި ގުޅިގެނ 20 އޮގަސްޓް 2024ގައި ބޭއްވުނު އަޑުއެހުމުގައެވެ. މިކޯޓުގެ ނަންބަރު 2014/HC-A/83 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/41 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 )ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް( ޤަޟިއްޔގާ 10 ވަނަ ނުކުތާއަކީ މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވާނަމަ، ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއެއްނަމައެވެ.
72މާ ޤަޟިއްޔާގައި ބަޔާންކޮށްފައިވ އިސްތިސްނާ ޙާލަތެއް މި މައްސަލައިގައި އޮތްކަމެއް އިސްތިއުނާފުކުރ ފަރާތަށް ބުނެދެވިފައިނުވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/57 ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްޤަޟިއްޔާގައ ކަނޑައަޅާފައިވި އުޞޫލަށް ރިޢާޔަތްކޮށް، ދަށް ކޯޓުގައު ފާހަގަނުކުރި އައު ޤާނޫނީ ނުކުތާއެއް މި މަހައްލުގައީބަލައިގަންނަންޖެހޭ ޙާލަތެއް އޮތްކަމުގައި ނުދެކޭތީ، މި އިސްތިއުނާފްނުކުތާއަކީ، މ ނުކުތާ ބަލައިގަނެ އެއާ މެދު ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއްކަމުގައި ނުދެކެމެވެ. އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/262 ޕްރޮސިކިއުޓަރ ޖެނެރަލް ވ. މޫސާ ޖމލަ ޤަޟިއްޔާއާއި، ސުޕްރީމް ކޯޓުގެ ނަންބަރު 0142/SC-A/26 ޢަދުނާނު ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލގް އޮފީސް ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 15 ވަނަ މާއްދާގެ )ހ( އަދި )ށ(ގެ 1 ވަނަ ނަންބަރާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ(އާ ޚިލާފަށްތޯ ނުވަތަ ނޫންތޯ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 )ކަޕޫރު ޔޫސުފު ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް( ޤަޟިއްޔާއިން ގާއިމުކޮށްފައިވާ މި އުޞޫލު އޭގެ ފަހުން އެ ކޯޓުން ނިންމާފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/77 )އޯޝަނ ހަރވެސްޓް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑް ވ. އާދަމް ޢަބްދުލްޢަފޫރު( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/107 )މޯލްޑިވްސް އިންލޭންކް ރެވެނިއު އޮތޯރިޓީ )މީރާ( ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/106 )މޯލްޑިވްސް އިންލޭންކް ރެވެނިއު އޮތޯރިޓީ )މީރާ( ވ. މައިނަރ އިންޓަނޭޝަނަލް )ލަބުއާން( ލިމިޓެޑް( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމު ކޯޓުގް ނަންބަރ 2022/SC-A/12 )ސްޓޭޓ ބޭންކް އޮފް އިންޑިޔާ ވ. ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/89 )ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑް ވ. ޙަބީބް ބޭންކް ލިމިޓެޑް( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/40 )ޕާރލް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޢަޒުމީ( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/60 )ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑްއާއި އިތުރު 3 ފަރާތެއް ވ. މޮއިޝަސ ކޮމާޝަލް ބޭންކް މިލިޓެޑް( ޤަޟިއްޔާއާއި،ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2024/SC-A/53 )ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ސަންސްޕޮޓް ޓުއަރސް ލިމިޓެޑް( ޤަޟިއްޔާގައި ތަޠުބީޤުކޮށްފައިވެއެވެ.
73މ ނުކޭތާގައ އިސްތިއުނާފުކުރި ފަރާތުން ބުނެފައިވަނީ ކުއްޖާގެ ހަށިގަނޑުގައި ނުވަތަ ކުއްޖާ ލައިގެނު ހުރި ފޭރާމުގައ އިސްތިއުނާފުކުރި ފަރާތުން އަތްލިކަމަށް ކަށަވަރުކުރުމަށް ވަގުތުން ވަގުތަށް ޑީއެންއޭ ނަގައި، ކުއްޖާ ޑޮކްޓަރަށް ދައްކައި މެޑިކޯ ލީގަލް ރިޕޯޓެއް ހައްދފައިވީނަމަވެސް، އެއިން އެއްވެސ ނަތީޖާއެއް އިސްތިއުނާފުކުރާ ފަރާތާއި ދެކޮޅަށް ލިބިފައި ނުވަތަ ޝަރީޢަތަށް ހުށަހަޅާފައިނުވާކަމާއި، ކުއްޖާގެ އުރަމަތީގައ އިސްތިއުނާފުކުރި ފަރާތާ ހިފިކަމަށް ކުއްޖާ ބުނާ ކަމަށް އޮތް ވާހަކައަކީ ވަކި ދައްތައަކާ ހަމައިން އަލު ށ އުފަންވެގެން އައި ވާހަކައެއްނަމަވެސް، މިކަމަށް ރިޢާޔަތްކުރުމެއްނެތ ސުރުހީގައި ބަޔާންކޮށްފައިވާ ޤަޟިއްޔާތަކާއި، ޤާނޫނުގެ މައްދާތަކާއި ޚިލާފަށް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާކަމުގައެވެ.
74ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/262 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މޫސާ ޖަމީލްޤަޟިއްޔާއިން އިސްތިއުނާފުކުރި ފަރާތަ ނަގާފައިވާ އުޞޫލަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅޭ މައްސަލތަކުގައާހުށަހެޅޭ ގިނަ ހެކިތަކަކީ އެފަރިތަކާމެދު ކުށުގެ ޢަމަލު ހިންގުނުކަމަށ ބުން ކުއްޖާ ބުނާ ބުނުމުގެ މައްޗަށް ބިނާވެފައިވާ ހެކިތައްކަމަށްވުމުން، އެ ކުއްޖާ އެ ހާދިސާ އެކި ފަހަރު އަދި އެކި މަހައްލުތަކުގައި ކިޔައިދޭ ކިޔައިދިނުމުގައި ހުރެދާނެ ފުށުއެރުންތަކަށާއި، އަދި އެއީ ހްޤީޤަތެއްނެތި އަލަށް އުފައްދައިގެނެދައްކަފާނެ ވާހަކައެއްކަމުގެ މައްޗަށް ބުރަވެވޭފަދަ ކަންތައްތަކެއް ހުރިނަމަ އެކަންކަމުގެ މައްޗަށް ޝަރީޢަތުން ބަލައި ވަޒަންކުރަންޖެހޭނެކަމާއި، އެގޮތުން އެކަން ވަޒަންކުރާއިރު، އެ ކުށުގެ ޢަމަލަކީ މުއްތަހަމު ކޮށްފައިވާ ޢަމަލެއްކަމާމެދު އެކަށީގެންވާ ޝައްކެއް ނުވަތަ ޝައްކުތަކެއް އުފެދޭނަމަ، އެ މުއްތަހަމުގެ މައްޗަށ އެ ކުށް ސާބިތުވާކަމަށް ކަނޑައަޅައިގެންނުވާނެކަމަށް އެ ޤަޟިއްޔާގައ ބަޔާންކުރާ ކުރުމެވެ. އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ހުށަހެޅި 23 އޮގަސްޓް 2023ގެ އަޑުއެހުމުގައި މި އިސްތިއުނާފީ ނުކުތާ ހުށަހަޅަމުން މިކަން ތަފްޞީލުކޮށްފައިވެއެވެ.
75ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/26 ޢަދުނާން ޙުސައިން ވ. ޕްރިސިކިއުޓަރ ޖެނެރަލްގެ އޮފީސްޤަޟިއްޔާއާ ގުޅުވައިގެން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަން ކުށުގެ އެންމެހާ އުންސުރުތައެއެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވެފައި އޮތްތޯ ނުވަތަ ކުށުގެ އުންސުރުތައް ފުރިހަމަވެފައި އޮތްތޯ ބަލަންޖެހޭނެކަމާއި، މިއީ ޤާނޫނުލްޢުޤޫބާތުގ 15 ވަނަ މާއްދާގެ )ހ( އަދި )ށ( ގައިވެސް އޮތްގޮތްކަމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރޫމީހުންނާމެދު ޚާއްޞައުސެލުތަކަކަށ ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ހުރި ވަރަށް ހެކި ލިބިފައިނެތީސް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ( ގައިވާ ފަދައިން ކުށް ސާބިތުވާކަމަށް ނުބެލެވޭނެ ކަމުގައެވެ.
76މ ނުކުތާއާއި ގްޅިގެން، އިސްތިއުނާފުކުރު ފަރާތުގާ މައިގަނޑު ބަހުސަކީ ކުއްޖާ ހާދިސާ އެކިގޮތަށް ކިޔައިދީފައިވާކަމާއި، ކުއްޖާގެ ވާހަކަ ފުށުއަރާކަމުގެ ބަހުސެވެ. އަދި މި ފުށުންއެރުންތަކުގެ މައްޗަށ ޝައްކެއް އުފެދޭއިރު، ދަށު ކޯޓުން މިކަން ވަޒަންކޮށްފައިނުވާކަމުގެ ބަހުސެވެ.
77ޕްރިސިޑެންސް 6މި ބާވަތުގެ މައްސަލަތަކަށް ޚާއްޞަވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަށް އަމަލުކުރުމުގެ ޤާނޫނުގެ އެއް މަޤުޞަދަކީ، ޝަރީޢަތުގެ މަޖިލީހަށް ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ސާބިތުކުރުމަށް އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއި، ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކުރުމެވެ. މި މަޤުޞަދު ހާސިލުވެގެންދަނީ، މި ޤާނޫނުގެ 47 ވަނަ މާއްދާއިންނެވެ.
78މި ޤާނޫނުގެ 47 ވަނަ މާއްދާގައިވަނީ އެހެން ޤާނޫނެއްގައި، ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑުކަމަށް ނުވަތަ ޝަރީޢަތަށް ޤަބޫލުކުރާ ހެކީގެ ބާވަތްތަކަށް އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ޤާނޫނުގެ ބޭނުމަށްޓަކައި ނުވަތަ މި ޤާނޫނުގެ ދަށިން އުފުލޭ ދަޢުވާއެއްގައި، މީހަކު، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގައިފިކަން ސާބިތުކުރުމަށްޓަކައި، ނުވަތަ މި ޤާނޫނުގައި އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ހުށަހެޅި 23 އޮގަސްޓް 2023ގެ އަޑުއެހުމުގައި މި އިސްތިއުނާފީ ނުކުތާ ހުށަހަޅަމުން މިކަން ތަފްޞީލުކޮށްފައިވެއެވެ. ކުށެއް ސާބިތުކުރުމަށްޓަކައި، އަންނަނިވި ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ފަސް ބާވަތެއްގެ ހެކި ހުރެއްޖެކަމަށްވާނަމަ، އެ ހެއްކަކީ، ޤާނޫނުއަސާސީގެ 51 ވެނ މާއްދާގަ )އ( ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކިއްނެތި ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ލިބިފައިވާ ހެކިކަމުގައި ބެލެވޭނެ ކަމުގައެވެ. އެ މާއްދާގައި ބަޔާންކުރަނީ އަންނަނިވ ބާވަތުގެ ހެކިތަކެވެ. )ހ( ޖިންސީ ޢަމަލު ކުޑަކުއްޖަކާއެކު ހިންގައިފިކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއް )ށ( ސައިންޓިފިކް ތަޙްލީލުތަކުން ދައްކާ ނަތީޖާ )ނ( ލޮލަށް ފެނުނު މީހުންގެ ބަޔާން )ރ( ފޮރެންސިކް ނިޝާންތަކުންނާއި ތަޙްލީލުތަކުން ލިބޭ ހެކި )ބ( ވީޑިއޯ ރެކޯޑުތަކުން ލިބޭ ހެކި )ޅ( އެކަމެއް ހިނގުމުން ދާދިއަވަހަށް ނުވަތަ އެކަމެއް ހިންގުމާމެދު ގިނަ ދުވަސްތަކެއް ނުވަނީސް ކުއްޖާގެ މައިންބަފައިންނަށް، ނުވަތަ ގާތްތިމާގެ މީހަކަށް، ނުވަތަ ރަޙްމަތްތެރިއަކަށް، ނުވަތަ ޑޮކްޓަރަކަށް، ނުވަތަ ޞިއްޙީ އެހީތެރިއަކަށް، ނުވަތަ ސައިކޮލޮޖިސްޓަކަށް، ނުވެތ ސައިކިއޭޓްރިސްޓަކަށް، މައްސަލަ ތަޙްޤީޤުކުރާ ފުލުހަކަށް ނުވަތަ ކުޑަކުދިން ރައްކާތެރިކުރުމުގ ޚިދުމަތުގައި މަސައްކަތްކުރާ މީހަކަށް ކުޑަކުއްޖާ ދީފައިވާ ބަޔާން )ކ( އޭނާއާމެދު ކަންވީގޮތްކަމަށް ނުވަތަ އެކަން ހިނގާދިޔަގޮތްކަމަށް ކުޑަކުއްޖާ ކިޔައިދީފައިވާ ބަޔާން )އ( މީހަކާ ބެހޭގޮތުން ޙަޤީޤަތެއްނެތ ވާހަކަތަކެއް ހަދައިގެން، ނުވަތަ އަލަށް އުފައްދައިގެން ކިޔައިދިނުންކަމަށް ބެލެވޭނެ ސަބަބެއްނެތި ނުވަތަ ހާދިސާ ހިނގި ވަގުތާއި އެ ވާހަކަ ކިޔައިދިން ވަގުތީ ދެމެދު މާ ދިގު މުއްދަތެއް ފާއިތުނުވަނީސް، ކުޑަކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމެއް )ވ( ކުޑަކުއްޖާ ކިޔައިދޭ އެއްޗަކާ އެކުއްޖާއަށް ޖިސްމާނީގޮތުން ލިބިފައިވާ ގެއްލުންކަމަށް ޑޮކްޓަރީގޮތުނ ފާހަގަވާންހުރ ކަންކަމާއި ފޮރެންސިކް ތަޙްލީލުތަކުން ފާހަގަވާންހުރި ކަންކަން ދިމާވުން )މ( އެ ކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގި މީހަކީ ކުރިން ޖިންސީ ޢަމަލު ހިންގި މީހެއްކަން ސާބިތުވެފައިވުން )ފ( މާއްދީ ހެކާ )ދ( މައްސަލަ ބަލާ ފަރާތުން ކުއްޖާއާ އިންޓަރވިއުކުރުމުން ކުއްޖާ ކިޔައިދީފައިވާ ވާހަކަ
79ކުޑަކުދިންނަށް ޖިންސް ގޯނާކުރުމުގެ ޢަމަލުތައް ޢާންމު ގޮތެއްގައި ހިންގަނީ އެކަހެރި ތަންތަނުގައި ސިއްރުނ ކަމަށް ވުމާއެކު، އެފަދަ ކުށްތަކާ ގުޅިގެން މިނިވަނިމުސްތަޤިއްލު ހެކިތަކެއް ގިނަ ޙާލަތްތަކުގައި ނުހުންނާނެތީ، ޤާނޫނުގައި ވަކި 12 )ބާރަ( ހެއްކެއް ބަޔާންކޮށްފައިވަނީ އެ ހެކިތަކަކީ އެކަތިއަނެކައްޗާ ވަކިވެފައިވާ މުސްތަޤިއްލު ހެކި ކަމަށް ބެލެވޭތީ ނޫންކަމުގައ ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގެ ނަންބަރ ނަންބަރ 2019/SC-A/77 ފްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާއާއި، އެ ކޯޓުގެނަން ބަރް 2017/SC-A/16 ދިވެހި ދައުލަތް )އެޓަރނީ ޖެނެރަލްގެ އޮފީސް( ވ. ޢަލީ ޝާހް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އިސްވެ ބަޔާންކުރަނިވި ހެކިތައް، އޭގެ ޒާތުގައި ވަކިވަކި ހެކިތަކެއްގެ ގޮތުގައަ ބެލުމުގެ ބަދަލުގައި، ޤާނޫނުގެ މަޤުޞަދަކީ ކުއްޖާއާމެދު ކަންވީގޮތް ކިޔައިދީފައިވާ ކިޔައިދިނުމުގެ މައްޗަށް ބިނާވެފައިވާ ހެކި ބަހަކީ މިފަދަ މައްސަލިތައް ސާބިތުކުރުމުގެ އަސާސަކަށް ބެލުމާއިއެކު، އ ނޫން ހެކިތަކަކީ ކުއްޖާ ދީފައިވާ ހެކިބަސް ކޮރަބޮރޭޓް ކުރުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުންކަމުގައ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/77 ފްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތރާ ޤަޟިއްޔާގައިވެއެވެ.
80މީގެ މާނައަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނާ 12 )ބާރަ( ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން 05 )ފަހެއް( މި ޤަޟިއްޔާއާ ޙަވާލާދީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އޭގެ ފަހުގެ ގިނަ ޤަޟިއްޔާތަކުގައި މިކަން ފާހަގަކޮށްފައިވެއެވެ. އެގޮތުންދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/42 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްމުހައިމިން އާދަމް( ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރ 2020/SC-A/40 )މުޙައްމަދ މުނީރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2020/SC-A/60 )ޙުސައިން ސާމިރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރ 2020/SC-A/94 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޞީރު( ޤަޟިއްޔާ ފާހަގަކުރީމެވެ. ބާވަތުގެ ހެކި ހުރެއްޖެނަމަ، އެއީ ޤާނޫނުއަސާސީގެ 51 ވާނަ މާއްދާގަ )އ( ގައި ބުނާފަދައިން މީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ލިބިފައިވާ ހެކިކަމުގައި ބަލަންވާނެކަމެވެ. އެއަށްވުރެ މަދުން )05 )ފަހެއް( ހެއްކަށްވުރެ މަދުން( ހެކި ހުރިކަމުގައިވީނަމަވެސް، ޤާނޫނުއަސާސީގެ 51 ވަން މާއްދާގަ )އ( ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް ކުށެއް ޝަރީޢަތަށް ސާބިތުވާނަމަ އެ ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށ ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނު ހުރަހެއްނާޅާއެވެ.
81ޕްރިސިޑެންސް 7ކުޑަކުދިންނަށ ޖިންސް ގޯނާކުރުމުގެ ގިނަ މައްސަލަތައް ބިނާވެފައިވަނީ ކުއްޖާ ކިޔައިދޭ ކިޔައިދިނުމުގެ މައްޗަށްކަމަށްވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/77 ފްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރުޤަޟިއްޔާގައ ކަނޑައަޅާފައިވި ފަދައިން މިފަދަ މައްސަލަތައް ސާބިތުކުރުމުގެ އަސާސަކީ ކުއްޖާގެ ބަސް ކަމުގައިވާއިރު، ކުއްޖާ ކިޔައިދޭ ކިޔައިދިނުން ނުވަތަ ކުއްޖާގެ ބަހަކީ އާދަޔާ ޚިލާފަށް ޤަބޫލު ކުރެވޭ ބަހެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި މައްސަލަ ބަލާ ފަނޑިޔާރަށް ބލިދާނ 03 )ތިނެއް( ކަމެއް މި ޤަޟިއްޔާގައި ބަޔާންކުރެއެވެ. އެއީ؛
1. ކުއްޖާގެ ހެކިބަސް އެތެރެފުށުން އަދި ބޭރުފުށުން އެއްގެ ތްތޯ ބެލުމާއި،
2. ޝަކުވާ އުފުލި ފަރާތުގެ އަޙްލާޤާއި ޢަމަލުތަކާއި، އަނިޔާ ލިބުނު ކުއްޖާގެ އުޅުން ހުންނަ ގޮތާއި،
3. އަނިޔާލިބުނު ކުއްޖާ މުއްތަހަމާ ބެހޭ ގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއްއޮތްތޯއެވެ.
82ބަޔާންކުރަނިވި ޤަޟިއްޔާގައި މި 3 )ތިނެއް( ކަންކަން ލިސްޓުކުރެވިފައިވީނަމަވެސް، މިއީ ކޮންމެ މައްސަލައެއްގައި ބެލުން ލާޒިމު ކަންކަން ކަމުގައި ނުބެލެވެއެވެ. އެހެނީ، ކޮންމެ މައްސަލައެއްވެސް އ މައްސަލައިގެ ވަށައިގެންވާ ޙަޤީޤަތްތައް ތަފާތުވާނެތީއެވެ. މިސާލަކަށްކުއްޖާއަކީ ތުއްތު ޅަފުރައިގެ އުމުރުގެ ކުއްޖެއްކަމުގައިވާނަމަ، އެ ކުއްޖާގެ އަޚްލާޤާއި ޢަމަލަކީ މައްސަލައިގެ ޙަޤީޤަތްތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/24 )މޫސާ ރަޝީދާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާގެ 24 ވަނަ ނުކުތާ ވަޒަންކުރުމުގައި މައްސަލައިގެ ޙަޤީޤަތްތަކާއި ގުޅުން ހުރި ކަމެއް ނޫނެވެ. އަދި ކުޑަކުދިންނާމެދު ޖިންސީ ގޯނ ކުރާ މައްސަލަތަކުގައި އަނިޔާ ލިބުނު ކުއްޖާގެ އުޅުން ހުންނަ ގޮތަކީ ކުއްޖާގެ ތެދުވެރިކަނ ވަޒަންކުރަން ބޭނުންކުރެވޭ ސިފައެއްގެ ގޮތުގައި، ނުވަތަ އެ ކުއްޖުކ މެދާ ޖިންސީ ޢަމަލެއް ހިނގަން މެދުވެރިވި ސަބަބެއްކަމުގައި ބަލައިގެންނުވާނެކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/77 ފްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ފަނޑިޔާރު އައިޝާ ޝުޖޫން މުހަންމަދު ފާހަގކުރައްވާއަ ރ،މި ބާވަތުގެ ކޮންމެ މައްސަލައަކީވެސް ޖިންސީ ގޯނާ ކޮށްފައިވާ މީހާއާއި ކުއްޖާއާ ހުރި ގުޅުމާއި، ގާތް ކަމާއި، ކުއްޖާގެ އުމުރާއި، އެ މައްސަލައިގެ ކަން ހިނގައިދިޔަގޮތުގެ މައްޗަށ، އެ މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކުން ވަޒަންކޮށް، ފައިސަލާކުރަންޖެހޭ މައްސަލަތައްކަމުގައި އަހުރެން ދެކެމެވެ.
83މިކަންކަން މި މައްސަލަގ ޙަޤީޤަތްތަކުގެ މައްޗަށް ތަޠުބީޤުކުރާއިރު،ދައުލަތުން މި ދަޢުވާ ސާބިތުކުރުމަށް އަންނަނިވި ހެކިން ހުށަހަޅައި، ހެކިބަސް އަދާކޮށްފައިވާކަން އެނގެއެވެ.
83.1.ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ ސާޖަންޓ މުޙައްމަދު އަޙްމަދު ހެކިބަސްދީފައިވާ ގޮތަށް ބަލާއިރު، މައްސަލައިގައި ހިމެނޭ ކުއްޖާގެ ބަޔާން ނަގާފައިވަނީ މި ހެކިވެރިޔާކަމުގައި ބުނެފައިވާކަމަށާއި، ކުއްޖާ ހާދިސާ ކިޔައިދެމުން ބުނީފއިވަނ 06 އޮގަސްޓް 2021 ގ މެންދުރު ވަގުތެއްގައި ކުއްޖާ ގޭގެ ޖޯލި ފައްޗެއްގައި ސައިބޯން އިންދައި، އެ ގެއަށް ޢަބްދުއްސަލާމް މޫސާ އައި ކަމަށާއި، ގެއަށް ވަދެފައި ނިކުމެގެން ދަމުން ކުއްޖާ ކައިރީގައި އެއް ޖޯލ ދޫކޮށްފައި ހުރި ޖޯލީގައި އިށީދެފައި ވާހަކަ ދެއްކުމިގެ ތެރޭގައި ފުރަތަމަ އެ ކުއްޖާގެ ފަލަމަސްގަނޑުގައ އަތްލި ކަމަށާއި، އޭގެ ފަހުން އަތުގައި އަތްލި ކަމަށާއި، އޭގެ ފަހުން ހެދުން މަތިން ކުއްޖާގެ މޭމަތީގައި އަތްލިކަމަށް އެ ކުއްޖާ ކިޔައިދީފައިވާ ކަމުގައެވެ. ކުއްޖާ ބުނެފައިވާ ގޮތުން ކުއްޖާ އެއިރު ސައިބޯނ ބަޔާންކުރަނިވި ޤަޟިއްޔާގެ 71 ވަނަ ނުކުތާ އިނީ ކުރޮނޑި ކާން ކަމަށާއި، ޢަބްދުއްސަލާމް މޫސާ އެ ކުއްޖާ ގާތު ކުރޮނޑި މީރުތޯ އަހައި، ކުރޮނޑި ބޭނުންތޯ އާއި ރުފިޔާ ބޭނުންތޯ ސުވާލުކުރިކަމަށް ކުއްޖާ ބުނި ކަމަށާއި، ކުއްޖާގެ ފަލަމަސްގަނޑުގައި ޢަބްދުއްސަލާމް މޫސާ އަތްލި އިރު އަތްލީ ކުރްސޯޓު ލައިގެން ހުއްޓާ ކަމަށާއި، އޭގެ ފަހުން ލައިގެން ހުރި ޓީޝާޓު މަތިން މޭމަތީގައި އަތްލިކަމަށާއި، ގޭގައި ހުރި ދައްތައަށ ކިޔައިދޭން ނުކެރިގެން މާލޭގުއ ހުރި ދައްތައަކަށ މެސެޖް ކުރު ކަމަށާއި، ކުއްޖާ ޕޮލިސް ސަރވިސްއަށ ބަޔާން ދީފައިވަނީ އެ ހާދިސާ ހިނގި ކަމަށް ބުނާ ދުވަހުގެ މެންދރު ފަހުގެ .... އެފްސީއެސްސީގައި ހުންނަ ކުޑަކުދިންނާ ރައްޓެހ ގޮތުނި ހަދާފައި ހުރި ކޮޓަރިއެއްގައި ކަމަށާއި، އަދި ކުއްޖާއާ ސުވާލުކޮށްފައިވަނީވެސް ... އެފްސީއެސްސީގ މުވައްޒަފެއްގެ ހާޒިރުގައި ކަމަށެވެ.
83.2..... ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ސޯޝަލް ސަރވިސް ވޯކަރ ޚަދީޖާ ޚާރޫން ސެންޓަރުގެ ރިޕޯޓަކީ )ނަންބަރ FCSC-B/REP/2021/23( ޚަދީޖާ ޚާރޫން ތައްޔާރުކުރި ރިޕޯޓެއް ކަމަށާއި، އެއީ އެ ބާވަތުގެ މައްސަލަތަކާ ގުޅިގެނީކުއްޖާގެ އިޖުތިމާއީ ޙާލަތު ވަޒަންކުރުމުގ ގޮތުނެ ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމަށާއި، މިގޮތުން ކުއްޖާއާ ބެހޭ ސިއްހ މަޢުލޫމާތުގެ އިތުރުން ތަޢުލީމާއި ކުއްޖާގެ އުޅުމާއި ނަފްސާނީ ހެދިބޮޑުވުމާއި، ކުއްޖާ ރައްކާތެރީކުރުމާއި މައިންބަފައިންގެ ހިސްޓްރީ ފަދަ މަޢުލޫމާތު ހިމަނާފައިވާކަމުގައެވެ. މީގެ އިތުރުނ ބުނެފައިވަން ހާދިސާއާ ގުޅޭ އެއްވެސް ވާހަކައެއް ސދ މި ހެކިވެރިޔާއާ ކުއްޖާ ހިއްސާކޮށްފައިނުވާކަމަށާއި، އަދި ހާދިސާއާ ގުޅޭ ގޮތުން އެއްވެސް ވަރަކަށް ކުއްޖާއާ ސުވާލުކޮށްފައިނުވާކަމުގައެވެ.
83.3.ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރި ސައިކޮލޮޖިސްޓް އާސިޔަތު ޢަބްދުލްހާދީ ހެކިބަސް ދީފައިވާ ގޮތަށް ބަލާއިރު،ކުއްޖާއާ ގުޅާ ގޮތުން ހަދާފައިވާ ސައިކޮލިޖިކަލު ރިޕޯޓް ރެޖިސްޓްރޭޝަން ނަންބަރ PSYC-590/2021 ރިޕޯޓަކީ މި ހެކިވެރިޔާ ތައްޔާރުކުރި ރިޕޯޓެއްކަމަށާއި، އެއީ 15 އަހަރުގެ މި ކުއްޖާއަށް ޖިނިސީ ގޯނާ ލިބިފައިވާކަމަށް ބެލެވޭތީ ކުއްޖާގް ނަފްސާނީ ޙާލަތު ދެނެގަތުމަށް ފުލުހުންގެ ފަރާތުން ރިފަރކުރެވެގެނ ހެދުން އެސެސްމެންޓެއްކަމަށާއި، އެގޮތުން ކުއްޖާއާ އިންޓަވިއު ކޮށްފައިވާނެކަމަށާއި، ކުއްޖާގެ އިންޓަވިއުގައި ކުއްޖާ ސައިބޯން ބޭރުގައި އިންދާ ސަލާމް ކިޔު މީހަކާ އައިކަމާއި، އެ މީހާ ކުއްޖާގެ ބޫބްސްގައި އަތްލިކަމަށާއި، ކުއްޖާއަށް ރިއެކްޓްކުރާނ ގޮތެ ނޭނގި ފްރީޒްވިކަމަށް ކުއްޖާ ކިޔައިދީފައިވާކަމުގައެވެ. ކުއިޖާއާއެކު ހެދިފައިވާ ޓެސްޓުތަކުގެ އަލީގައި، ކުއްޖާއަށް ޖިންސީ ގޯނާ މެދު މިންވަރަކާއ މަތި މިންވަރަކީ ދެމެދާ ތަހައްމަލުކޮށްފައިވާކަން ފާހަގަކުރެވޭކަމަށާއަ،ކުއްޖާގެ ކިބައިގައި ޑިޕްރެޝަންގެ އމާލާތްތައް އަދި އެންޒައިޓީގިއަމާލާތްތައ ވަރަށް މަތީ މިންވަރަކަށް ފާހަގަކުރެވޭކަމަށާއި، ޖިންސީ ގޯނާގެ ސަބަބުން އެ ދިމާވި ހާދިސާއާ ގުޅިގެން ކުއްޖާގެ ކިބައިން ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑަރ ހުރިކަން ފާހަގަކުރެވޭކަމަށާއި، މިގޮތުން ޖޯލިފަތީގައ އިންނަން އުދަނގޫވާކަމާއި، އެ ދުވަހު ސައ ބުއި އެއްޗެހި ފެނުމުން އުނދަގޫވެ ދުރުގަ ހުރުމާއި، އެ އެއްޗެހި ކެއުންވެސް އެވޮއިޑްކުރާކަން އެ ކުއްޖާ ބުނެފައިވާކަމުގައެވެ. މިއީ ހިނގާފައިވާކަމެއ ކަމަށް ޤަބޫލުކުރެވޭ ކަމުގައެވެ. މި ހެކިވެރިޔާއާ ގުޅޭ ގޮތުން ދިފާޢުން ފާހަގަކުރި ކަންކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/93 )ޠަލްޢަތު މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމަށާއި، އަދި ވަކިން ހާއްސަކޮށް މި ދަޢުވާގައި އަނިޔާ ލިބީނ ކަމަށު ބުން ކުއްޖާއާ އެ ހާދިސާއާ ބެހޭ ގޮތުން ސުވާލުކޮށްފައިނުވާނެކަމަށް ބުނެފައިވާތެ،ކުއްޖާ ކިޔައިދޭ ކިޔައިދިނުން ކޮރޮބޮރޭޓް ކުރުމުގައި މި ރިޕޯޓަށް ބުރަދަން ދީފައިނުވާކަމުގައި ދަށު ކޯޓުގ"ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު"ގ 34 ވަނަ ނުކުތާގައި ބަޔާންކޮށްފައިވެއެވެ. ގެއަށްގޯސް ކުއްޖާގެ ކޮޓަރިއަށް ވަތްއިރު ކުއްޖާ އޮތީ ބަންޑުނޯރް ންކަމަށާއި، ކިހިނެތް ވީތ އެހުމުން، ސަލާމް ބެހުނު ކަމަށް ބުނި ކަމަށާއި، ކުއްޖާ ޖޯލިފަތީގައި އިނދެ ޢަބްދުއްސަލާމް މޫސާ ކުއްޖާގެ ފަލަމަސްގަނޑުގައި އަތްހާކާފައި، ހާދަ ދޮނޭ ކިޔާފައި ކަރުދަށުގައި އަތް އުނގުޅުމުން ކުއްޖާ އަތް ފޮޅާލާފައި ތެދުވަނިކޮށް ކުއްޖާގެ ބުއްބުގަ ފިއްތާލިކަމަށް ކުއްޖާ ބުނި ކަމަށާއި، ކުއްޖާ 11:03 މާނިޓްގައި އިންސްޓަގްރާމްއިން ކުއްޖާ މެސެޖުކުރިކަމަށާއި، އެ މެސެޖުގައި އޮތީ، ކުއްޖާ އުޅޭ ގެއަށް ޢަބްދުއްސަލާމް މޫސްއައި ކަމަށާއި، ކުއްޖާ ޖޯލީގައި އިންދާ ކުއްޖާގެ އެކި ތަންތާ އަތލން މަސައްކަތްކުރި ކަމުގައެވެ.
84މާ މައްސަލައިގައި ދަށު ކޯޓުން ހެކި ވަޒަންކުރުމުގައި ކުއްޖާ އެކި މީހުންނަށް ކިޔައިދީފައިވާ ކިޔައިދިނުމުގެ މައްޗަށް ބަލައި، ކުއްޖާގެ ހެކިބަސް ބޭރުފުށުން އެއްގޮތްތޯއާއި، ކުއްޖާގެ ބަސް އެތެރެފުށުން އެއްގޮތްތޯއާއި، އަދި ކުއްޖާ ދޮގު ހަދާފާނެކަމުގެ އިހުތިމާލު އޮތްތޯ ބަލައި، މިކަންކަން ވަޒަންކޮށް، ނަތީޖާއަކަށް ވާސިލުވެފައިވެއެވެ.
85މިގޮތުން މި ކުއްޖާ ކިޔައިދިން ކިޔައިދިނުމުގެ މައްޗަށް ބަލާއިރު، މިކަން ފުރަތަމަ ހިއްސާކުރީ މެސެޖުގައިވަނީ ކުއްޖާ ޖޯލިފަތީގައި އިންދިޢަބްދުއްސަލާމް މޫސާ ކުއްޖާގެ ކައިރި ޖޯލިފަތީގައި އށީނދ ކުއްޖާގެ ފަލަމަސްގަނޑުގައި އަތްލައި ކުއްޖާގެ އެކި ތަންތާގައި އަތްލަން މަސައްކަތްކޮށްފައިވކަމުގައެވެ. ކައިރީގައި ކުއްޖާ ބުނެފައިވަނީ ކުއްޖާ ޖޯލިފަތީގައި އިންދ ޢަބްދުއްސަލާމް މޫސުކުއްޖާގެ ފަލަމަސްގަނޑުގައި އަތްހާކާފައި، ހާދަ ދޮނޭ ކިޔާފައި ކަރުދަށުގައި އަތް އުނގުޅމުން ކުއްޖާ އަތް ފޮޅާލާފައި ތެދުވަނިކޮށް ކުއްޖާގެ ބުއްބުގަ ފިއްތާލިކަމަށް ކުއްޖާ ބުނި ކަމުގައި xxxxxxxxxxx ހެކިބަސް ދީފައިވެއެވެ. އޭގެ ފަހުން ކުއްޖާ މި ވާހަކަ ކިޔައިދީފައިވަނީ ފުލުހުންގެ ތަޙުޤީޤަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ ސާޖަންޓ މުޙައްމަދު އަޙްމަދުއަށެވެ. ސީނިއަރ ސާޖަންޓިމުޙައްމަދު އަޙްމަދު ހެކިބަސް ދެމުން ބުނެފައިވަނީ ކުއްޖާގެ ފަލަމަސްގަނޑުގައްޢަބްދުއްސަލާމް މޫސިއަތްލ ކަމަށި ކުއްޖާ ބުނިކަމަށާއި، އޭގެ ފަހުން ކުއްޖާގެ އަތުގައްޢަބްދުއްސަލާމް މޫސްއަތްލި ކަމަށާއި، އޭގެ ފަހުން ހެދުން މަތިނާކުއްޖާގެ މޭމަތީގައި ޢަބްދުއްސަލާމް މޫސުއަތްލިކަމަށް އެ ކުއްޖާ ކިޔައިދީފައިވާކަމުގައެވެ. އޭގެ ފަހުން ކުއްޖާ މި ވާހަކަ ކިޔައިދީފައިވަނީ ސައިކޮލޮޖިސްޓް އާސިޔަތު ޢަބްދުލްޙާދީއަށެވެ. އާސިޔަތު ޢަބްދުލްޙާދީގެ ހެކިބަހުނަ ޢަބްދުއްސަލާމް މޫސިއައިސް، ކުއްޖާގެ ބޫބްސްގައި އަތްލިކމަށާއ، ކުއްޖާއަށް ރިއެކްޓްކުރާނ ގޮތެ ނޭނގި ފްރީޒްވިކަމަށް ކުއްޖާ ބުނެފައިވާކަން އެނގެއެވެ.
86މިކަން ހނގާދިޔަގޮތްކަމަށް ކުއްޖާ ބުނެފައިވާ ގޮތުގެ މައްޗަށް ބަލާއިރު، 6 އޮގަސްޓް 2021 ގައި ކުއްޖާ އުޅޭ ގެއަށް ޢަބްދުއްސަލާމް މޫސާ ދިޔަ ކަން ޚުދު ޢަބްދުއްސަލާމް މޫސާގެ ބަހުން އެނގޭއިރު، މިކަން xxxxxxxxގެ ހެކިބަހުންވެސް އެނގެއެވެ. ކުއްޖާ ފުރަތަމަ އެ ވާހަކަ ފޯނުގެ ޒަރިއްޔާއިން ކުއްޖާގެ ދައްތަ xxxxxxxxއާ ހިއްސާކުރިކަމަށ ބުން ބުނުމާއިމެދުވެސ އެއްވެސް އޮޅުމެއްނެތެވެ. މިކަން ހިނގިއިރު ކުއޖ އިނާ ގޭގެ ޖޯލިފަތީގައި ސައިބޯންކަންވެސް މި މައްސަލައިގައި ކުއްޖާ ބުނީ ބުނުމާއި، ޢަބްދުއްސަލާމް މޫސާ ތަޙުޤީޤަށް ދީފައިވާ ބަޔާނުންވެސް އެނގެއެވެ.
87މިކަންކަމުގެ މައްޗަށް ބަލާއިރު، ކުއާޖާގެ ބަސް ބޭރުފުށުންނާއި އެތެރެފުށުން އެއްގޮތްކަމަށް ބެލެވެއެވެ. ކުއްޖާ ވާހަކާ ކިޔައިދީފައިވާގޮތުން، ޝައްކުއުފެދޭ މިންވަރަށް ނުވަތަ ކުއްޖާގެ ވާހަކަތައް އެއްފަރާތްކުރެވ މިންވަރަށް ޝައްކުތަކެއްވާކަމަށް ޤަބޫލެއްނުކުރެވެއެވެ. އެހެނީ، ކުއްޖާ ސައިބޯން އިންދ ޢަބްދުއްސަލާމް މޫސާ އައިސް ކުއްޖާގެ ކައިރީގައި އިށީދ ކުއްޖާގެ ފަލަމަސްގަނޑުގައި އަތްލިކަނ ޝައްކެއްނެތް މިންވަރަށް ކުއްޖާ އެކި މަހައްލުތަކުގައި ކިޔައިދީފައިވާ ކިޔައިދިނުމުން އެނގޭތީއެވެ.
88ކުއްޖާގެ ކިބައިގައިޢަބްދުއްސަލާމް މޫސގެ މައްޗަށް ހަދައިގެން ވާހަކައެއް ދައްކަފާނެކަމުގެ އެއްވެސ ހަސަދަވެރިކަމެއ ނުވަތް ނުނިޔަތެއް ނުވަތަ ރުޅިވެރިކަމެއް އޮވެދާނެ ފަދަ ސަބަބެއް އޮތް ކަމުގައި ބެލެވޭނެ ހަމައެއްނެތެވެ. އަދި އެފަދަ ސަބަބެއްވެސް ފާހަގަކޮށްފައެއްނުވެއެވެ.އަދި ހާމައެއާއެކު، އ ހާދިސ ހިނގާ ކަމަށި ބުން ދުވަހާ އެ ހަދިސާގެ ވާހަކަ ކުއްޖާގެ ހިއްސާކޮށްފައިވާތީ، ހާދިސާ ހިނގުމާއިއެކު ގިނަ ވަގުތުތަކެއް ނުވެ، އެކަމުގެ ތަފްޞީލު ކުއްޖާ ހިއްސާކޮށްފައިވެއެވެ. އެހެންކަމުން، ކުއްޖާގެ ނުބައި ނިޔާތެއް އޮތްތޯއާއި، ޝަކުވާކުރި މުއްދަތާއިގުޅޭ ގޮތުން ދަށު ކޯޓުން ފާހަގަކޮށްފައިވާ ކަންކަމަކީ، މި މައްސަލައިގައި ދަށު ކޯޓުން ވާސިލުވެފައިވާ ނަތީޖާއަށް ބާރުދޭ ކަންކަމެވެ. މިކަންކަމުގެ އިތުރުން، ކުއްޖާ އެކި މަހައްލުތަކުގައި ކިޔައިދީފައިވާ ކިޔައިދިނުމުން ކޮރަބޮރޭޓްކުރުމަށް ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓުގެ ނަތީޖާއާއި ސައިކޮލޮޖިސްޓްގެ ރަޢުޔަށް ދަށު ކޯޓުނ ބުރަދަންދީފައިވަނީ ރަނގަޅު ހަމައަކުންކަމުގައި ދެކމެވެ.
89މިކަންކަން ބަޔާންކޮށް، ނެރެފައިވާ ދޭހަ ނެރުމުގައި ބަރޯސާވެފައިމިވަނީ،ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާއިން ގާއިމުކޮށްފައިވާ ހެކިބަހުގެ އުސޫލަކީ، ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން، އެމާއްދާގައ ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ އެހަގީއި ކުއްޖާ ކިޔައިދޭ ކިޔައިދިނުން ކޮރޮބޮރޭޓްވާނަމަ، މައްސަލަ ސާބިތުވާކަމަށް ހުކުމްކުރުމަށް މި ޤާނޫނު ހުއްދަކުރާތއެވެ.
90މިކަންކަމަށް ބަލައި،ކުއްޖާ ބުނާ ބުނުމުގައި ކުއްޖާއާމެދު ދަޢުވާގެ ސީޣާގައި ބަޔާންކުރާ ޢަމަލު ޢަބްދުއްސަލާމް މޫސާހިންގިކަމާމެދ ޝައްކު އުފެދޭ މިންވަރަށް ފށއެރުންތައ ހުރް ކަމަށި ނުދެކޭހިނދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު( ޤަޟިއްޔަގެ 33 ވަނަ ޢަބްދުއްސަލާމް މޫސާގެ މައްޗަށް ކުޅަ ދަޢުވާގެ ރުކުންތައް ސާބިތުވާކަމަށް ދަށު ކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅުކަމުގައި ދެކެމެވެ.
91އެހެންކަމުން،ޢަބްދުއްސަލާމް މޫސާގެމައްޗަށުކުށ ސާބިތުވާކަމަށް ނިންމާފައިވަން ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2020/HC-A/262 ޕްރޮސިކިއުޓަރ ޖެނެރަލގް އޮފީސް ވ. މޫސާ ޖމަލީ ޤަޟިއްޔާއާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/26 ޢަދުނާނު ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލގް އޮފީސް ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 15 ވެނ މާއްދާގަ )ހ( އަދި )ށ(ގ 1 ވަނަ ނަންބަރާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ(އާ ޚިލާފަށް ކަމުގައި ބެލެވޭނެ ހަމައެއް އޮތްކަމުގައި ނުދެކެމެވެ. ކުއްޖާގެ ބަސް ހޯދާފައިވަނީ ޤާނޫނާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ
92މ ނުކުތާގައި އިސްތިއުނާފުކުރި ފަރާތުން ބުނެފައިވަނީ މި މައްސަލާގައި ކުއްޖާގެ ތަފްޞީލީ ހެކިބަހުގް ގޮތުގައި ބަލާފައިވަނީ ކުއްޖާ ފުލުހަށް ދިން ބަޔަނާއި ކުއްޖާގެ ދައްތަ xxxxxxxxxxއަށް ކިޔައިދިންކަމަށް xxxxxxxxx ބުނާ ބުނުމަށްކަން އެނގެންއޮތްއިރު، ކުއްޖާގެ ބަސް،ޕޮލިހާއި، ޖެންޑަރ އަދި މިގޮތުން ޝަރީޢަތުގެ ބޭނުމަށް ހޯދާފައިވަނީ ޤާނޫންއެއްގޮތަށްކަމަށް ނުވާހިނދު، ކުއްޖާގެ ބަސް ހޯދާފައިވަނީ ޤާނޫނާ އެއްގޮތަށް ރަނގަޅަށް ކަމަށް ނިންމައި ކުށް ސާބިތުވާކަމަށް ނިންމާފައިވާކަމުގައެވެ.
93އޫސްވ ބަޔާންކޮށްފައިވެ ފަދައިން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސެލުތަކަކަށ ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާ ތަފްޞީލުކޮށް މާނަކޮށްދީފައިވަނީދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/77 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/16 ދިވެހި ދައުލަތް ވ. ޢަލީ ޝާޙް ޤަޟިއްޔާގައިވެސް ޤާނޫނުގެ 47 ވަނަ މާއްދާގައިވާ ހެއްކާ ގުޅޭ ގޮތުން ނިންމުން ނިންމާފައިވެއެވެ. މިގޮތުން ޤާނޫނުގެ 47 ވަނަ މާއްދާގައިވާ 12 ވައްތަރުގެ ހެކި ބަޔާންކޮށްފައިވާއިރު، މި ހެކިތަކުގެ ޒާތުގައި ވަކިވަކި ހެކިތަކެއްގެ ގޮތުގައި ބެލުމުގެ ބަލަދުގައި، ޤާނޫނުގެ މަޤްޞަދަކީ ކުއްޖާއާމެދު ކަންވީގޮތް ކިޔައިދީފައިވާ ކިޔައިދިނުމުގާމައްޗަށް ބިނާވެފައިވާ ހެކި ބަހަކީ މިފަދަ މައްސަލަތައް ސާބިތުކުރުމުގައި އަސާސަކަށް ބެލުމާއެކު އެ ނޫން ހެކިތަކަކީ ކުއްޖާ ދީފައިވާ ހެކިބަސް ކޮރޮބޮރޭޓް ކުރުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމެވެ.
94ޕްރިސިޑެންސް 8މިތަނުގައި ހެކިބަސް މި ލަފްޒު ބޭނުންކުރި ކަމުގައިވީނަމަވެސް، މި ޙަވާލާދީނުމަކީ ޤާނޫނުގެ 47 ވަނަ މާއްދާގެ )ޅ(، )ކ( އަދި )އ(އަށް ޙަވާލާދޭ ދިނުން ކަމުގައި ބެލެވެއެވެ. މިއީ ޝަރީޢަތުގެ މަރުހަލާ ފެށުމުގެ ކުރިން ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމެވެ.ކުޑަކުދިންނަށް ޖިންސް ގޫނާކުރާ މީހުންނާމެދު ޚާއްޞަ އުސ ލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ދ( އަކީ މި ޤާނޫނުގެ 48 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ޝަރީޢަތުގެ މަޖިލީހުގައި ކުއްޖާ ދޭ އިންޓަވިއުއެވެ.
95ކޫޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސިލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނަށް ބަލާއިރު، ކުއްޖ ދައްކާ ވާހަކައިގައި އަދި ކުއްޖާ ކިޔައިދޭ ކިޔައިދިނުމުގެ ދޮގުތެދު ކަށަވަރުކުރުމަށްޓަކައ ކޮންމެ ފަހަރަކުމެ، ކުއްޖާ ޝަރީޢަތަށް ޙާޟިރުކޮށް، ޝަރީޢަތުގެ މަޖިލީހުގައި ކުއްޖާގެ ބަޔާނެއް ނެގުން ލާޒިމެއްނޫނެވެ. ކުއްޖާ އެކި މަހައްލުތަކަށް ޙާޟިރުކޮށް، އަދި ތަޙުޤީޤުކުރާ އެތަކެއް ދުވަސްތަކެއް ފަހުން، މައްސަލައިގެ ޝަރީޢަތް ހިނގަންފެށުމާއިއެކު ކުއްޖާ ޝަރީޢަތަށް ޙާޟިރުކޮށް ކުއު ޖާގެ ފަރާތުނ ހާދިސާ ހިނގައިދިޔަގޮތް އަލޯންބަލުނ އޮޅުން ފިލުވައި ކުއްޖާ ރީވިކްޓިމައިޒްކުރުމަކީ މި ޚާއްޞަ ޤާނޫނުގެ މަޤްޞަދު ކަމުގައި ނުދެކެމެވެ. އެތެރެފުށުންނާއި ބޭރުފުށުން ކުއްޖާ ކިޔައިދޭ ކިޔައިދިނުން އެއްގޮތްތޯ ބެލިގެންދަނީ، އަދި ކޮރޮބޮރޭޓްކުރެވެނީ ކުއްޖާ އެ ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދޭ އކެ ފަރާތްތަކަށް ކުއްޖާ ކިޔައިދޭ ކިޔައިދިނުމުގްނުވަތަ ކިޔައިދިން ގޮތުގެ މައްޗަށް ބަލައެވެ.
96މުކަމަށ އިތުރަށް ބާރުދެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/40 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު މުނީރު ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގައިވަނީ ކުޑަކުދިންނަށ ޖިންސް ގެނާކުރާ މީހުންނާމެދު ޚާއްޞަ އުސ ލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަން މާއްދާގަ ދަށުން ބަޔާންކުރާ ބާވަތްތަކުގެ ހެކީގެ ތެރެއިން ފަސް ބާވަތެއްގެ ހެކި ނެތުމަކީ ނުވަތަ ހެކި މަދުވުމަކީ، އެ މައްސަލައެއްގައި ހުށަހެޅޭ ދެން ހުރި ބާވަތްތަކުގެ ހެކީގެ ހަރުދަނާ ކަމަށ ރިޢާޔަތްކުރުމާއެކު، ޤާނޫނުއަސާސގ 51 ވަން މާއްދާގަ )އ( ގެ ދަށުން ކުށް ސާބިތުވުމަށް އޮތް ހުރަހެއް ނޫނކަމަށާއި،އެހެންގޮތަކަށް ބުން ނަމަ، ދެން ހުރި ހެއްކަކީވެސް އަނިޔާ ލިބުނު ކުއްޖާ ދައްކަނީ ހަމަ ޙަޤީޤަތުގައިވެސް ހިނގި ކަމެއްކަން ކޮރޮބޮރޭޓް ކުރެވޭވަރުގެ ނުވަތަ ގުޅުވައިދޭވަރުގ ހެކިނމަ، އެފަދަ ހެއްކަކީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށް ސާބިތުވުމަށްޓަކައި ފުދޭނެ ހެއްކެއް ކަމުގައެވެ.
97ކްޑައްކުދިންނާމެދ ކުރު ޖިންސީ ގޯނާގެ މައްސަލަތަކުގައި ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ވަސީލަތްތަކުގެ އެހީގއަ ކުއްޖާ ކިޔައިދޭ ކިޔައިދިނުން ކޮރޮބޮރޭޓްވޭތޯ ބަލަންޖެހެއެވެ.އިސްވެ ބަޔާންކުރެ ފަދައިންމިތަނުގައި ކުއްޖާގެ ބަހަކީ ކުއްޖާ ޝަރީޢަތުގެ މަޖިލީހުގައި ދޭ ހެކިބަހަށްވުން ލާޒިމެއްނޫނެވެ. މި މަހައްލުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ވަސީލަތްތަކުގެ އަލީގައި ކޮރޮބިރޭޓްކުރަންޖެހޭނީ ކުއްޖާ ކިޔައިދޭ ކިޔައިދިނުމެވެ. އެއީ އެކަމެއް ހިންގުމުން ދާދި އަވަހަށަނުވަތ ގިނަ ދުވަސްތަކެއް ނުވަނީސް، އެ ކުއްޖާގެ މައިންބަފައިން، ނުވަތަ ޢާއިލާގެ މީހަކަށް، ނުވަތަ ރަހްމަތްތެރިއަކަށް، ނުވަތަ ސިއްހީ އެހީތެރިއަކަށް، ނުވަތަ ސައިކޮލޮޖިސްޓަކށ ނުވަތު މައްސަލަ ތަޙްޤީޤުކުރާ ފަރާތަށް ކިޔައިދޭ ކިޔައިދިނުމަށް ވެދާނެއެވެ. ނުވަތަ ސޯޝަލް ވޯކަރ ގާތު ދައްކާ ވާހަކައަށްވުމީވެސް އެކަށީގެންވާ ކަމެކެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/77 ޕްރިސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރުޤަޟިއްޔާގައިވެސް އަދި އޭގެ ފަހުން ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/42 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްމުހައިމިން އާދަމް އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/60 ޙުސައިން ސާމިރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެވެސް ދޭހައަކީ މިއީ ކަމުގައި ދެކެމެވެ.
98ޕްރިސިޑެންސް 9މާ މައްސަލައިގައިކުއްޖާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނާއިމެދ އިސްތިއުނާފުކުރު ފަރާތުން ސުވާލު އުފައްދާފައިވާއިރު، މި ކުއްޖާ މޯލްޑިވްސ ޕޮލިސް ސަރވިސްއަށް ބަޔާންދީފައިވަނީ އ ހާދިސާ ހިނގިކަމަށް ބުނާ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމާއި، ބަޔާން ނަގާފައިވަނީ xxx xxxxxxގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ xxx އެފްސީއެސްސީގައި ހުންނަ ކުޑަކުދިންނާ ރައްޓެހި ގޮތަށް ހަދާފައި ހުރި ކޮޓރިއެއްގައިކަމާއި، މި ކުއްޖާއާ ސުވާލުކޮށްފައިވަނ xxx އްފްސީއެސްސީގެ މުވައްޒަފެއްގެ ޙާޟިރުގައިކަން ސީނިއަރ ސާޖަންޓ މުޙައްމަދް އަޙްމަދުގެ ހެކިބަހުން އެނގެންއޮތްއިރު، ކުއްޖާގެ މި ބަޔާން ނެގުމުގައި އިޖުރާއީ ގޯހެއް އޮތް ކަމުގައި ނުދެކެމެވެ.
99ބުނެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން،ޢަބްދުއްސަލާމް މޫސި ގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން އިސްވެ ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، މި މައްސަލައިގައ ..…… މެޖިސްޓްރޭޓް ކޯޓުންކޮށްފައިވ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އޮތް ކަމަށ އަހުރެން ނުދެކެމެވެ. ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔް މައްސަލައިގައި ކަންހިނގާފައިވާގޮތް:
100މި މައްސަލައިގެ ވަޤާއިޢު ތަކާއިގުޅޭގޮތުނ ފަނޑިޔާރް ޙުޒައިފާ މުޙައްމަދުގެ ރައުޔުގައި ބަޔާން ކޮށްފައިވާ އެންމެހާ ކަންކަން އެގޮތުގައި ހުރިކަމަށް އަހުރެންވެސް އެއްބަސްވަމެވެ. ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި، އެ ރިޕޯޓު ތައްޔާރުކުރި ފަރާތް ހެއްކެއްގެ ގޮތުގައި ބަލައިގަތުން:
101މި ނުކުތާއާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ، ސައިކޮލޮޖިކަލ އެސެސްމަންޓް ރިޕޯޓާއި، އެ ރިޕޯޓް ތައްޔާރުކުރި ފަރާތް މައްސަލައާއެކު ހުށަހެޅިފައި ހުރި ހެކި ގަރީނާގެ ގޮތުގައި ބަލައިގަނެފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރާއި ޚިލާފަށް ކަމަށާއި، މައްސަލާގައިހުށަހެޅިފައ ނެތި އަދި ވުޖޫދުގައިވެސް ނތެ ކަންކަން )ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި، އެ ރިޕޯޓް ތައްޔާރުކުރި ފަރާތް( ހުށަހެޅިފައި ހުރް ހެކި ގަރީނާގެ ގޮތުގައި ބެލައިގަނެ، އެ ރިޕޯޓް މުޅިން އަލަށް އުފަންކޮށްގެން ކޯޓަށާއި ޝަރީޢަތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވެނ މާއްދާގަ )ހ(އ ޚިލާފަށާ ހުށަހެޅިފަހުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )3( ވަނަ ނަންބަރުގެ ދަށުން އެ ހެއްކާމެދު ދިފާޢުން ޝަރީޢަތގު ކުރިން ހުށަހަޅާނެ އިތުރު ހުށަހެޅުމެއް އޮތްތޯ ބެލުމެއް ނެތި، އަދި އެފަދަ ހުށަހެޅުމަކަށް ފުރުޞަތު ދިނުމެއްނެތި ދިފާޢުވުމުގެ ޙައްޤަށް އުނިކަން ލިބޭގޮތަށް، އެ ހެކި ޝަރީޢަތަށް ބަލައިގަނެ، އެ ހެއްކަށް ބުރަދަންދީ އެ ހެކީގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
102ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވާނަ މާއްދާގަ )ހ( ގައި ވަނީ ޖިނާއީ މައްސަލައެއްގެ ދަޢުވާ،އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހަޅަންވާނީ، އެ ދަޢުވެ ސާބިތުކުރުމަށް ބޭނުންވާ ހެއްކާ އެކުގައެވެ. އެގޮތުން،ދަޢުވާ ސާބިތުކުރުމަށް ހުށަހަޅަން ބޭނުންވާ އެންމެހައި ބަޔާންތަކާއި، ލިޔެކިޔުމާއި،އެކްޒިބިޓްތައ ދަޢުވް ފޯމާއެކު ހިމަނަންވާނެއެވެ. އަދި އެމާއްދާގި)ށ( ގައީ ވަނުދަޢުވާ ސާބިތު ކުރުމަށް ހުށަހަޅާންޖެހޭ ހެކީގެ ތެރޭގައި ހިމެނޭ މާއްދީ ހެއްކަކީ، ދަޢުވާ ފޯމާއެކު ހުށަހެޅެން ނެތް ހެކި ކަމުގައިވާނަމަ، އެ ހެކީގެ ތަފްޞީލްތައ ދަޢުވް ފޯމާއެކު ހުށަހަޅަން ވާނެއެވެ.
103.………… މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2021/……222/ ގެޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު އެ ކޯޓަށް މި މައްސަލަ ހުށަހެޅިފައިވަނީ، 15 ސެޕްޓެމްބަރު 2021 ގައެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި މައްސަލަ ސާބިތު ކުރުމަށް ހުށަހެޅި ހެކީގެ ތެރޭގައި އަނިޔާ ލިބުނު ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު ހުށަހަޅާފައި ވެއެވެ. އަދި ދައުލަތުގެ ފަރާތުން ހުށަހެޅި ޝަފަހީ ހެކީގެ ތަފްޞީލްގައި އަނިޔާ ލިބުނު ކުއްޖާގެ "ސައިކޮލޮޖިކަލް އެސެސްމަންޓު ރިޕޯޓް ތައްޔާރުކުރި ފަރާތް" މި ފަދައިން ހިމަނާފައި ވެއެވެ. އެހެންނަމަވެސް އެރިޕޯޓު ތައްޔާރުކުރި ފަރާތަކީ ކޮން ފަރާތެއްކަމެއ ދައުލަތުން ބަޔާން ކޮށްފައް ނުވެއެވެ.
104ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވުނ މާއްދާގަ )ށ( ގެ ދަށުން ދަޢުވާ ހުށަހަޅާއިރު ލިބިފައިނުވާ މާއްދީ ހެކި ފަހުން ހުށަހެޅިދާނެކަމާމެދު ބަހުސެއް ނެތެވެ. އެއީ އެމާއްދާގެ ނައްޞުން ވަރަށް ސާފު ކަމެކެވެ. އެހެންނަމަވެސް ދައުލަތުގެ އިޢުތިރާފުންވެސް އެނގޭ ކަމަކީ މ މައްސަލައިގެ ދަޢުވާ ކޯޓަށް ހުށަހެޅިއިރު އެ ކުއްޖާގެ ސައިކޮލޮޖިލަކ އެސެސްމެންޓް ހެދުމަށްޓަކައި ޑޮކްޓަރަށް ދައްކާފައި ނުވާކަމެވެ. އެހެންކަމުނ ޑޮކްޓަރަށް ނުދައްކާ، އެ ޑޮކްޓަރަކީ ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާނެ ގޮތަކީ ބުއްދީގެ ހަމަތަކުން ބަލާއިރު ޤަބޫލު ކުރެވޭނެ ކަމެއްވެސް ނޫނެވެ.
105ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާއަށް ބަލާއިރު އެ މާއްދާގައި ދައްކުވައިދީފައިވާ މަގަކީ ތަޙްޤީޤް ކުރަމުންދާ މައްސަލައެއްގައި ދަޢުވާ އުފުލުމާއި ހަމައަށް ނުނިމި ހުންނަ، މާއްދީ ހެކިތައް ފަހުން ހުށަހެޅިދާނެ ކަމަށެވެ. ޑީއެންއޭ ރިޕޯޓުތައްފަދަ ނުވަތަ، ފިރޮންސިކް ތަޙުލީލަތައ ކޮށްގެން ނަތީޖާ ހޯދަންޖެހޭ ފަދަ ހެކިތައް ހުށަހެޅިދާނެ ކަމަށެވެ. އަދި ހެކިތަކަކީ އެއީ، ތަޙުޤީޤްގައ އެކަނި އެނގޭ، އަދ ތައްޔާރު ކުރަމުންދާ އެހެންނަމަވެސް ދަޢުވާ ކުރުމުގެ މުއްދަތު ހަމަވާއިރަށް ނުނިމި ގިނަދުވަސް ވެދާނެ ހެކިތައްކަން ޤަން ނުގެ އެމާއްދާއަށ ބެލުމުން ވަރަށް ސާފުކޮށް އެނގެއެވެ. އެހެންމަވެސް އިސްތިއުނާފ ކުރެވިފައި މިވާ މައްސަލައަށް ބަލާއިރު، ދައުލަތުން ޙަވާލާދޭ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު ތައްޔާރު ކުރިފަރާތަކީ، މައްސަލަ ކޯޓަށް ހުށަހެޅުނުއިރު ވުޖޫދުގައިވެސ ހުރް ފަރާތެއްނޫނެވެ. އަދި ފަހުގެ ތާރީޚެއްގައި އަނިޔާ ލިބުނު ކުއްޖާ ދައްކާނީ އެ ޑޮކްޓަރަށް ކަމެއް ދައުލަތަކަށް ނުވެސް އެނގޭނެއެވެ. އެހެންކަމުން ޖަމާޢީ ގޮތެއްގައި ހުރިހާ ޑޮކްޓަރުން ޝާމިލްވާ ގޮތައް ހެއްކެއްގެ ގޮތުގައި ދައުލަތަށް ހުށަހެޅިދާނެ ކަމަކަށް އަހުރެން ނުދެކެމެވެ. އަދި ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓަކީ އެހިނދު ވުޖޫދުގައި ނެތް ރިޕޯޓެއް ކަމުގައި ވާތީއާއި، އަދި ދަޢުވާ ކުރެވުނުއިރު ތައްޔާރު ކުރަމުންވެސްދާ ރިޕޯޓެއް ކަމުގައި ނުވާތީއެއީ ހެއްކެއް ކަމުގައި ބަލައިގެނެވޭނެ ކަމަކަށްވެސް އަހުރެން ނުދެކެމެވެ. އަދި އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާ ތަޞައްވުރު ކުރާގޮތް ކަމުގައި މާނަކުރެވޭނަ މަންޠިޤީ ހަމައެއް ކަމަކަށްވެސް ބުރައެއް ނުވެވެއެވެ. ކުޑަކުދިންގެ ހެކިބަސް ނެގުން:
106ކުޑަކުދިންނަށ ޖިންސް ގޫނާކުރޯ މީހުންނާމެދު ޚާއްޞަ އެސިލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ބޭނުމަށްޓަކައެކުޑަކުއްޖެއްގެ ހެކިބަސް ހޯދަންވާނެ ގޮތާއި، ހެކިބަސް ނެގުމުގައި ޢަމަލުކުރާނެ އުޞޫލު ދިވެހިރާއްޖޭގެ ހައިކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ. އިލްހާމް ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
107އެގޮތުން އެޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ ޤާނޫނު ނަންބަރު:2009/12 ގެ ބޭނުމަށްޓަކައި، ކުޑަކުއްޖެއްގެ ހެކިބަސް ނަގާނެ ގޮތް އެޤާނޫނުގައި ބަޔާން ކޮށްފައިވެއެވެ. އެ ޤާނޫނުގެ 48 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ؛ ކުޑަކުއްޖެއްގެ ހެކިބަސް 48. މި ޤާނޫނުގެ ބޭނުމަށްޓަކައި، ކުޑަކުއްޖެއްގެ ހެކިބަސް ހޯދާނެގޮތް ހޯދާކަމަށްވާނަމަ، އެކުއްޖެއްގެ ހެކިބަސް ހޯދަންވާނީ ކޯޓުން ބޭރުގައި، ޝަރީޢަތުގެ މަޖިލީހުން ބޭރުގައި، ފުލުސް އޮފީހުން ބޭރުގައި، އެކުއްޖާއަށް ފަރިތަ މާޙައުލެއްގައި، އެކުއްޖާ ދެކެފަރިތަ، އެކުއްޖާއަށް އިތުބާރު ކުރެވޭ ބައެއްގެ ހާޒިރުގައި، އިންޓަވިއުކޮށްގެން، އެއިންޓަވިއ ވީޑިއޯ ރެކޯޑްކޮށްގެން، ނުވަތަ އެކުއްޖަކީ ޚާއްޞައެހީއަށް ބޭނުންވާ ކުއްޖެއްނަމަ، އެކުއްޖަކ ބުނު އެއްޗެއް ތަރުޖަމާކޮށްދެވޭނ ކަމުގެ ޤާބިލްކަންހުރި މީހެއްގެ ހާޒިރުގައި، އެކުއްޖާ ދެކެފަރިތަ، އެކުއްޖު އަށް އިތުބާރުކުރެވޭ ބައެއްގެ ހާޒިރުގައި އިންޓަވިއުކޮށްގެން، އެއިންޓަވިއ ވީޑިއޯ ރެކޯޑްކޮށްގެންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޟިއްޔާ.
108މިޤާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތުގެ ދަށުން ކުޑަކުއްޖެއްގެ ހެކިބަސް ވީޑިއޯ ރެކޯޑް ކޮށްގެން ނެގުމުގައި ޢަމަލު ކުރަންޖެހޭ ގޮތުގެ ތަފްޞީލެއް މި ޤާނޫނުގެ އެހެން މާއްދާއެއްގައިވެސް އަދ "ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ގަވާއިދު" ގައިވެސް ބަޔާން ކޮށްފައެއް ނެތެވެ.
109ސުވާލަކީ، މިޤާނޫނުގައި ބަޔާން ކުރާ އިޖުރާއަތާއި އެއްގޮތަށް ޝަކުވާ ކުރި ނުވަތަ އަނިޔާ ލިބުނު ކުޑަކުއްޖާގެ ހެކިބަސް ނެގުމަކާއި ނުލައި، އެކުއްޖާ އެހެން މީހުންނަށް ކިޔައިދޭ ކިޔައިދިނުމަކީ ޝަކުވާކުރި ނުވަތެ އަނިޔާ ލިބުނު ކުޑަކުއްޖާގެ ހެކިބަސް ކަމުގައި ބެލިދާނެ ހެއްޔެވި؟ކުޑަކުއްޖެގެ ހެކިބަސް ނެގުމާއި ކުޑަކުއްޖަކު ތަޙްޤީޤަށް ކިޔައިދޭ ކިޔައިދިނުމާއި ނޫނީ ކުޑަކުއްޖާ އެހެން ބަޔަކަށް ކިޔައިދޭ ކިޔައިދިނުމާ ތަފާތު ހެއްޔެވެ؟
110މިޤާނޫނުގެ ބޭނުމަށްޓަކައި ކުޑަކުއްޖެއްގެ ހެކިބަސް ހޯދާ ކަމަށްވާނަމަ، އެކުއްޖެއްގެ ހެކިބަސް ހޯދަންވާނެ ގޮތު ބަޔާން ކޮށްފައިވާތީ، ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުމަށް "ހެކިބަހޭ" ކިޔޭނީ ޤާނޫނުގައި ބަޔާން ކުރި ގޮތަށް އެކުއްޖާގެ ބަސް ނަގައިގެންނެވެ. މިގޮތުން ކީޑަކުއްޖާގެ ހެކިބަސް ހޯދަންވާނީ ކަމަށެ ބަޔާން ކުރަން؛
110.1. ކޯޓުން ބޭރުގައި، ޝަރީޢަތުގެ މަޖިލީހުން ބޭރުގައި، ފުލުސް އޮފީހުން ބޭރުގައި،
110.2. އެކުއްޖާއަށް ފަރިތަ މާޙައުލެއްގައި،
110.3. އެކުއްޖާ ދެކެފަރިތަ، އެކުއްޖާއަށް އިތުބާރުކުރެވޭ ބައެއްގެ ހާޒިރުގައި،
110.4. އެކުއްޖަކީ ޚާއްޞައެހީއަށް ބޭނުންވާ ކުއްޖެއްނަމަ، އެކުއްޖަކ ބުނު އެއްޗެއް ތަރުޖަމާކޮށްދެވޭނެ ކަމުގެ ޤާބިލްކަންހުރި މީހެއްގެ ހާޒިރުގައި،
110.5. އިންޓަވިއުކޮށްގެން، އެއިންޓަވިއު ވީޑިއޯ ރެކޯޑްކޮށްގެން، ކަމަށެވެ. ގަވާއިދު ނަންބަރު:48-2011/R އަދި ގަވާއިދު ނަންބަރު:70-2016/R އެ ޤަވާއިދުގެ 1ވަނަ އިޞްލާޙު.
111މަތީގައި ބަޔާން ކުރެވުނު ކަންކަމުގެ އިތުރުން،"ކުޑަކުއްޖާގެ ހެކިބަސް" ކަމަށް ޤާނޫނުގައި ބަޔާން ކޮށްފައި އޮތް އޮތުމުން،އެކުއްޖާގެ ބަސް ހެކިބަހެއްގެ ގޮތުގައި ނަގާނަމަ، އެބަސް ނެގުމުގައި، އަންނަނިވ ކަންކަނީއެންމެ ކުޑަމިނުން އިފްތިރާޟް ކުރެވެއެވެ. އެއީ؛
111.1. ހެކިބަހަކީ ޢާންމު އުޞޫލުން ހުވައިމަތީގައި ހުރެ ކިޔައިދޭ ކިޔައި ދިނުމެއްކަން. މިއް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގުޅިގެންހިންގޭ ޝަރީޢަތެއްގެ ބޭނުމަށް ކުޑަކުއްޖާގެ ބަސް ހެކިބަހެއްގެ ގޮތުގައި ކޯޓުން ބޭރުގައި ޝަރީޢަތުގެ މަޖިލީހުން ބޭރުގައި ވީޑިއޯ ރެކޯޑު ކޮށްގެން ނަގާ ބަޔާނެއް ކަމަށްވާތީ، ކުޑަކުއްޖާ ލައްވައި ހުވައި ކުރުވުމާއި ނުކްރުވުމާއ ގުޅި ގޮތުނ ގޮތެއް ނިންމާންޖެހެއެވެ. ކޯޓުން ބޭރުގައި ޝަރީޢަތުގެ މަޖިލީހުން ބޭރުގައި ނަގާ ބަޔާނެއް ކަމަށްވާތީ، ހުވަޔަކީ ކޮބާކަން ނޭގޭ ވެރުގެ ކުޑަކުދީން ލައްވައި ހުވައި ނުކުރާނެ ނިންމް ނަމަވެސް، އެކުއްޖާ ކަންވީގޮތް ކިޔައިދީ ބަޔާން ކޮށްދިނުމުގައި، އްކުއްޖާގެ ޢުމުރާއި ގުޅޭ ގޮތުނު ތެދުބަހުން ވާހަކަ ދެއްކުމުގެ މުހިންމު ކަމުގެ މައްޗަށް އަދި ދޮގަކީ ކޮބާކަން އަންގައިދުނުމުގ ގޮތުނެ އިރުޝާދު ދިނުމަށްފަހު ބަޔާން ނަގަންޖެހޭ ކަމަށް ދެކެވެ.
111.2. ހެކިބަހަކީ މުއްތަހަމުގެ ހާޒިރުގައނަގި އެއްޗެއްކަން. ޤާނޫނު ނަންބަރު:2009/ 12 46 ވަން މާއްދާގަ )ރ( ގެދަށުން،އެއްފަރާތުނާހުށަހަޅްހެކިންނ އަނެއުފަރާތުންފަނޑިޔާރ މެދުވެރިކޮށަސުވާލުކުރުމުގެ ޙައްޤު މިޤާނޫނުން ދީފައިވެއެވެ. ވިމާ، ކުޑަކުއްޖާގެ ހެކިބަސް އަސާސުކަށް ބަލައިގެން، ހެކިވަޒަން ކުރަނެއެދޭނަމަ، އަނިޔާ ލިބުނު ކުޑަކުއްޖާގެ ބަސް ހެކިބަހެއްގެ ގޮތުގައި ނަގާންޖެހޭނީ މިޤާނޫނުގެ 48 ވަނި މާއްދާގަ ދަށުންނެވެ. އެޙާލަތުގައި، ފަނޑިޔާރު މެދުވެރިކޮށް މުއްތެހަ މަށް ނުވަތަ އޭނާގެ ވަކީލަށް ސުވާލު ކުރެވޭނެ ފުރުޞަތު އޮންނާނެ ގޮތަކަށް ކުޑަކުއްޖާގެ ބަސް ނެގުމުގެ ކަންކަން އިންތިޒާމު ކުރެވެންޖެހެއެވެ. ކުޑަކުއްޖާގެ މަސްލަޙަތު ހިމާޔަތް ކުރުމުގެ ގޮތުން ނުވަތަ ރ - ވިކްޓިމައިޒް ނުކުރުމުގެ ގޮތުނ، މުއްތަހަމަށ ފަނޑިޔާރް މެދުވެރިކޮށް ސުވާލު ކުރުމަށް އޮތް ޙައްޤު މުޠްލަޤަށް ގެއްލިގެންދާ ގޮތަށް ނެގޭ ބަޔަނީ މިޤާނޫނުގެ ބޭނުމަށް ކުޑަކުއްޖާގެ ހެކިބަސް ކަމަށް ބަލައި، އެއީ ކުށް ސާބިތު ކުރުމުގެ އަސާސްކަމަށް ބަލާނަމަ، އެއީ ކުށް ސާބިތު ކުރުމަށް ރައްކާތެރި ގޮތެއްކަމަށް ނުވިސްނެއެވެ.
111.3. ހެކިބަސް އަޑުއަހަނީ މައްސަލައިގެ ވާޤީއ ފައިޞަލާ ކުރާ ފަނޑިޔާރުކަން. ހެކިންގެ ހެކިބަސް ނަގަނީ، މައްސަލައިގެ ވާޤިއާތަކާމެދު ގޮތްނިންމަން އިންނަ މީހާ ނުވަތަ ފަނޑިޔާރު އެހެކިބަސް އަޑުއަހައި އެހެކިބަސް ވަޒަންކުރުމަށް ކަމަށްވާތީ، ކުޑަކުއްޖާގެ ބަސް ހެކިބަހުގެ ގޮތުގައެ ނަގާނަމަ، އެމައްސަލަ ފައިޞަލާ ކުރާ ފަނޑިޔާރުގެ ޙާޟިރުގައި ކުޑެކުއްޖާގ ބަސް ނެގޭނެ އިންތިޒާމު ހަމަޖައްސަން ޖެހެއެވެ. މިގޮތުން ނެގޭ ބަހަކަށް މެނުވީ ކުޑަކުއްޖާގެ ހެކިބަސް ކަމަށް ބެލިދާނެ ކަމަށް ނުދެކެވެ. ހެކިބަސްދޭ ކުޑަކުއްޖާގެ ސުލޫކު ގެންގުޅޭ ގޮތް (demeanour) ފަނޑިޔާރަށް ދެނެގަތުމުގެ ފުރުޞަތު ލިބޭނެއެވެ.ކުޑަކުއްޖާގެބަހަކީ ހެކިބަސް ކަމަށަ ބަލައިގެން، އެހެންބެޔި ކ ކުޑަކުއްޖާ ކިޔައިދިން ކަމަށް ބުނާ ވާހަކަތަކެއްގެ މައްޗަށް ބަރޯސާވެ ޝަރީޢަތް ހިންގާނަމަ، އެކަންކަން ވަޒަން ކުރަން ފަނޑިޔާރަކަށް ފުރުޞަތެއް ނުލިބޭނެއެވެ. އަދ އެކަންވާނީ، ޤާނޫނުން ހުއްދަކުރާ އިސްތިސްނާގެ މައްޗަށް އިތުރުކުރެވޭ އިސްތިސްނާއަކަށެވެ. އެހެނީ، ޤާނޫނު ނަންބަރު:2009/12ގެ 47 ވަނަ މާއްދާއިން ހުއްދަކުރާ ހެކިތަކުގެ ތެރޭގައި އިވުނު ކަމަށް ބުނާ ހެކި (hearsay evidence) ހުއްދަ ކުރެއެވެ.މިގޮތުން، ކުޑަކުއްޖާ އެހެން މީހުންނަށް ކިޔައިދޭ ވާހަކަތައް އެއީ އޭގެ ޒާތުގައި ހެކިކަމަށް މިޤާނޫނު ޤަބޫލު ކުރެއެވެ. ވީމާ، ޤާނޫނު ނަންބަރު: 2009/12ގެ 47 ވަނީ މާއްދާގަ )ޅ( އެކަމެއް ހިނގުމުން ދާދިއަވަހަށް ނުވަތަ އެކަމެއް ހިނގުމާދެމެދު ގިނަދުވަސްތަކެއް ނުވަނީސް ކުއްޖާގެ މައިންބަފައިންނަށް، ނުވަތަ ގާތްތިމާގެ މީހަކަށް، ނުވަތަ ރަޙްމަތްތެރިއަކަށް، ނުވަތަ ޑޮކްޓަރަކަށް، ނުވަތަ ޞިއްޙައެހީތެރިއަކަށް، ނުވަތަ ސައިކޮލޮޖިސްޓަކަށް، ނުވަތަ ސައިކިއޭޓްރިސްޓަކަށް، މައްސަލަ ތަޙްޤީޤުކުރާ ފުލުހަކަށް ނުވަތަ ކުޑަކުދިން ރައްކާތެރިކުރުމުގެ ޚިދުމތުގައ މަސައްކަތްކުރި މީހަކަށް ކުޑަކުއްޖާ ދީފައިވާ ބަޔާން. )ކ( އޭނާއާމެދު ކަންވީގޮތްކަމަށް ނުވަތަ އެކަން ހިނަގާދިޔަގޮތްކަމަށް ކުޑަކުއްޖާ ކިޔައިދީފައިވާ ބަޔާން. )އ( މީހަކު ބެހޭގޮތުން ޙަޤީޤަތެއްނެތ ވާހަކަތަކެއް ހަދައިގެން، ނުވަތަ އަލަށް އުފައްދައިގެން ކިޔައިދިނުންކަމަށް ބެލެވޭނެ ސަބަބެއްނެތި، ނުވަތަ ހާދިސާ ހިނގި ވަގުތާއި އެއިސްތިސްނާގެ ތެރޭގައި ހިމެނޭ، ކުޑަކުއްޖާ އެހެންމީހުންނަށް ކިޔައިދޭ ވާހަކަތައީއަޑުއެހި މީހުން ޝަރީޢަތުގެ މަޖިލީހުގައި ކިޔައިދޭ ކިޔައިދިނުމަކީ އެއީ ކުޑަކުއްޖާ ދޭ ހެކިބަހުގެ ގޮތުގައީދެކިގެން، އެއާއަސާސެއ ކަމަށް ބަލައިގެން، ހެކި ވަޒަން ކުރުމަކީ، އިސްތިސްނާގެ ތެރެއަށް އަނެއްކާ އިސްތިސްނާއެއް އިތުރު ކުރުމެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، އެކަންވާނީ ހިޔަސޭ އަކުން ހިޔާ ސޭއެއ ކޮރޮބޮރޭޓް ކުރުމެވެ. މިއީ ހެކި ކޮރޮބޮރޭޓް ކުރުމުގެ އަސާސީ އުޞޫލާ ޚިލާފުވާނެ ގޮތެކެވެ. ވީމ ކުޑަކުއްޖާ ކޭ ޔައިދިނ ވާހަކަތަކެއް އަޑުއެހްކަމަށ ބުން އެހެން ބަޔަކު އައިސް ކިޔައިދޭ ވާހަކތައަ ފަނޑިޔާރް އަޑުއެހުމަށްފަހު، ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުން އާދަޔާ ޚިލާފަށް ފަނޑިޔާރަށް ޤަބޫލް ކުރެވު ކަމަށް ނިންމުމަކީ ޤަނޫނީ ގޮތުން ހަމަޖެހޭ ކަމެއް ނޫނެވެ. މީހަކު ކިޔައިދޭ އެއްޗެއް އޭނާ ކިޔައިދިން އެއިޗެއްގ ގޮތުގައެ އާދަޔާ ޚިލާފަށް ޤަބޫލު ކުރެވޭ އެއްޗެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅޭނީ ޝަރީޢަތް ކުރާ ފަނޑިޔާރު އެވާހަކަތައް ސީދާ އެކަމެއް ކުރިމަތިވާ ފަރާތުގެ ކިބައިން އަހައިގެން ކަމުގައި ދެކެމެވެ.
111.4. ކުޑަކުއްޖާގެ ހެކިބަސް ނަގައިދިނުމަށް ޕްރޮސިކިއުޝަނުން ކޯޓުގައި އެދެންޖެހޭކަން. ޤާނޫނު ނަންބަރު:2009/12 ގައި ބަޔާންކުރި ކުޑަކުއްޖާގެ ހެކިބަސް ނެގުމުގެ އުޞޫލުތަކާއި ޚިލާފަށް، ތްޙްޤީޤު މަރުޙަލާގައި ނަގާ ބަޔާނެނުވަތަ ކުޑަކުއްޖާ ކޮންމެވެސް އެހެން ފަރާތކަށަ ކިޔައިދީފައިވާ ކިޔައިދިނުމެއް އެއީ ކުޑަކުއްޖާގެ ހެކިބަސް ކަމަށް ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ބެލިދާނެ ކަމަށް ނުދެކެވެ. އާ ވާހަކަ ކިޔައިދިން ވަގުތާ ދެމެދު މާ ދިގު މުއްދަތެއް ފާއިތުނުވަނީސް، ކުޑަކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމެއް. )ދ( މައްސަލަ ބަލާ ފަރާތުން ކުއްޖާއާ އިންޓަވިއުކުރުމުން ކުއްޖާ ކިޔައިދީފައިވާ ވާހަކަ.
112ވީމާ، ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތަށް ކުޑަކުދިންގެ ހެކިބަސް ނެގުމުގައި، ގެންނަންޖެހޭ ބަދަލުތަކެއް ގެނައިކަމުގައިވިޔަސް، މިސާލަކަށް މުއްތަހަމާ ކުޑަކުއްޖާއާ ބައްދަލުނުވާނ ނުވަތެ ނުފެންނާނ ނުވަތެ އޭނާގެ އަޑު ނުއިވޭނެ ގޮތެއް ހެދުންފަދަ، އިޖުރާއަތު ތަކެއި އިތުރުކުރިނަމަވެސް، މައްސަލަ ފައިޞަލް ކުރާ ފަނޑިޔާރުގެ ޣައިރު ޙާޟިރުގައި އަދި މުއްތަހަމުގެ ފަރާތުން ތަމްސީލު ކުރާނެ ފަރާތެއްނެތ، ޝަރީޢަތެއްގެ ބޭނުމަށް ހެކިބަސް ނެގުމުގެ އަސާސީ އުޞޫލުތައް އެއްފަރާތް ކޮށް، ކުޑަކުއްޖާ ތަޙްޤީޤަށް ކިޔައިދޭ ކިޔައިދިނުން ވީޑިއެކޮށްގެނ ޝަރީޢަތަށް ހުށަހަޅް ހުށަހެޅުން، އެއީ ކުޑަކުއްޖާގެ ހެކިބަސް ކަމަށް ބުރަވެ، މީހެއްގެ މައްޗަށް ކުށް ސާބިތު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ބުރައެއް ނުވެއެވެ.
113މިބާވަތުގެ މައްސަލަތައް ނިންމުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ޖޫރިސްޑިކްޝަންތަކުން ކަންކުރާ ގޮތަށް ޙަވާލދިނުމުގައަހަމައެކަނ އެންމި ތަންކޮޅަކަށްހަވާލާދިނުމަކީ ރަގަޅު ގޮތަކަށް ނުވާނެއެވެ. އެފަދަ ޖޫރިސްޑިކްޝަން ތަކުގައިކުޑަކުދިންގެ ބަސް ހެކިބަހުގެ ގޮތުގއަ ނަގާނަމަ، ކަންކުރާ ގޮތަށް ބަލައި އެގޮތަށް ޢަމަލު ކުރުމާއެކު، ކުޑަކުއްޖާގެ ބަސް އާދަޔާ ޚިލާފަށް ފަނޑިޔާރަށް ޤަބޫލު ކުރެވޭތޯ ބެލުމަކީ އެކަން ކުރަންޖެހޭ ގޮތެވެ.މިގޮތުން ބަލާއިރު، ކުޑަކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކުރުމުގެ ގޮތުނ މުއްތަހަމުގެ ދުސްތޫރީ ޙައްޤުތައް ޚާއްޞަކޮށް، ހެކިންނާ ސުވާލު ކުރުމުގެ ޙައްޤު މުޅިން ބަންދުކޮށްފައިވާތީ ނުފެނެއެވެ. މުއްތަހަމާ ދެކޮޅަށް ހުށަހަޅާ ހެކިވެރިންނާ ސުވާލު ކުރުމުގެ ޙައްޤު:
114ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ލިބިދޭ ޙައްޤުތަކުގެ ތެރޭގައި، އޭނާއާ ދެކޮޅަށް ހުށަހަޅާ ހެކިންނާއި ސުވާލު ކުރުމުގެ ޙައްޤު ލިބިދީފައިވެއެވެ. މ ޙައްޤަކީ ވަކި ބާވަތެއްގެ ކުށަކާއި ގުޅިގެން ޤާނޫނުއަސާސެން އިސްތިސްނާ ކުރާ ޙައްޤެއް ނޫނެވެ. ޤާނޫނ އަސާސީގެ 51 ވަނަ މާއްދާގެ )ކ( ގައި ބަޔާން ކޮށްފައިވަނީ؛ Maryland v. Craig, 497 U.S. 836 (1990) ކުށެއްކުރިކަމުގެ 51. ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ؛ ދަޢުވެ އުފުލިފައިވާ )ކ( ދަޢުވް ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ މީހުންގެސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ޙައްޤުތައް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލު ކުރުމުގެ ޙައްޤު ލިބިގެންވެއެވެ.
115އެހެންކަމުން، ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށް ޤާނޫނުއަސާސީން ލިބިދީފައިވާ އަސާސީއެއްޙައްޤަކީ ދަޢުވާ ކުރާ ފަރާތުން ޝަރީތަށް ހާޒިރުކުރި ހެކީންނާ ސުވާލު ކުރުމުގެ ޙައްޤު ކަން އެނގެއެވެ.އެއީ، މުއްތަހަމާ ދެކޮޅަށް ހެކިބަސްދޭ ފަރާތްތަކާއި ޝަރީޢަތުގައި ކުރިމަތިލައި ސުވާލުކޮށް ޖަދަލުކުރުމުގެ ޙައްޤެވެ. ހެކީންނާ ކުރިމަތިލައި ސުވާލު ކުރުމުގެ ޙައްޤުގެ ބޭނުމަކީ، ހެކިބަސްދޭ މީހާ ކުރޮސު- އެގްޒެމިންކޮށް، މުއްތަހަމާއި ދެކޮޅަށް ދެވޭ ހެކިބަހުގެ އިތުބާރު (credibility) ހާމަ ކޮށްދިނމަށު ފުރުޞަތު ދިނުމެވެ.
116ޝަރީޢަތުގައި ހެކިންނާއި ކުރިމަތިލައި ސުވާލުކޮށް ޖަދަލު ކުރުމުގެ ޙައްޤާއި ގުޅޭ ގޮތުން، ޤާނޫނު ނަންބަރު:2009/ 12ގެ 46 ވަނަ މާއްދާގެ )ރ( ގައި ބަޔާން ކޮށްފައިވަނީ؛ ޝަރީޢަތުގެ މަޖިލީހާގުޅޭ 46. ކުށްވެރިޔާއަށް، ނުވަތަ ކުށުގެ ތުހުމަތުގައިވާ މިހާއަށް، މި ޤާނޫނުގެ ޙައްޤުތައް އެއްވެސް މާއްދާއެއްގެ ދަށުން، ޝަރީޢަތުގެ މަޖިލީހުގައި ލިބިގެންވާ، އަންނަނިވި ޙައްޤުތަކަށް ހުރަހެއް ނެތެވެ. )ރ( އެއްފަރާތުން ހުށަހަޅާ ހެކިންނާ އަނެއް ފަރާތުން ފަނޑިޔާރު މެދުވެރިކޮށް ސުވާލުކުރުން.
117ވީމާ ކުޑަކުއްޖަކާމެދު ޖިންސީ ކުށުގެ ޢަމަލެއް ނުވަތަ ގޯނާކޮށްގެނ ކުރް ދަޢުވާތަކުގައި،ދަޢުވްހުށަހަޅ ފަރާތުނާޝަރީޢަތަށާހާޒިރުކުރީހެކީންނ ސުވާލު ކުރުމަށް ޤާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ޙައްޤު ހަނިކޮށްފައިވަނީ، ހަމައެކަނި ސުވާލު ކުރުމުގައި ފަނޑިޔާރު މެދުވެރިކޮށް ސުވާލު ކުރުމުގެ މައްޗަށްކަން އެނގެއެވެ.
118ކުށެއްގެ ދަޢުވާ އުފުލިފައިވާ ފަރާތްތަކަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )ކ( ގެ ދަށުން، ލިބިދީފައިވާ އަސާސީ ޙައްޤު،ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޙާއްސައުސޫލުތަކަކަށ ޢަމަލުކުރުމުގެ ޤާނޫނ، 46 ވަނަ މާއްދާގެ)ރ( އިން މުޠްލަޤަށް ހިފަހައްޓާފައި ނުވާތީ، މިޤާނޫނުގެ ބޭނުމަށްޓަކައި އަނިޔާ ލިބުނު ކުޑަކުއްޖާގެ ބަސް "ހެކި ބަހެއް" ގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅަން އެދޭނަމަ، ހުށަހެޅޭނީ ކުޑަކުއްޖާ ހެއްކެއްގެ ގޮތުގައި ޕްރޮސިކިއުޝަނުން ހުށަހަޅައިގެންނެވެ.
119އެހެންކަމުން، އަނިޔާ ލިބުނު ކުޑަކުއްޖާ ހެއްކެއްގެ ގޮތުގައި ހުށަހެޅުމަކާއި ނުލައި އަދި އަމުދުން އެކުއްޖާގެ ސީދާ ކިޔައިދޭ އެއްވެސް ކިޔައިދިނުމެއް ފަނޑިޔާރަށް ހުށަހެޅުމަކާނުލައި މިބާވަތުގެ ޝަރީޢަތްތައ ކުރިއަށް ގެންދެވޭނެކަމަށް ޕްރޮސިކިއުޝަނުން ބުން ބުނުމަކީ ޤާނޫނީގޮތުން އެކަށައަޅާފައިވާ އިޖުރާއަތުތައް އެއްފަރާތްކުރުމަށްފަހު، ބުނާ ބުނުމެއްކަމުގައި ނޫނީ އަހުރެން ނުދެކެވެ. ނިންމަން ފެންނަގޮތް:
120އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، އިސްތިއުނާފު ކުރެވިފައިވާ މިޤަޟިއްޔާގައި ދަށު ކޯޓުންކޮށްފައިވ ޙުކުމާ ބާޠިލުކުރަންޖެހޭކަމަށް އަހުރެނ ދެކެމެވެ.
121ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. t,:;(;t :> o .... ,,.. 2023/HC-A/l 0 �,s,r.;,.,,.., p.4_,;,<,-4;, ,, 61 o :, :, :, o .,,..,, , o.,, ,.,,,.,,. , c. :,o�.,,,, , a 'r.:;,_,_,, /"A.,r.,JA A.JOOPOP__, ./1.,r.J'-'V,/",/IOP ,?__,A .,,,. .,, .,, .,, 0 '.,,,..,,,. .,, .,, U(. O; O C. :,_,,.,,,. A OP.,.__, .,r.,/ .,,,crrr.s ?r"" 222/B 12C/2021 o :,; o , >, /".;G,/IA OP.,?AA ,, C C OX O:,:, •.?.:;,.,1.rv.:;,v✓. � > O>> .,., *O t,; :_,.,,, ,,,.A .,,.,,,..� , Jl-".,:..,.S,� � 0/ _,, ,.,,, o.,, , :,� ," .,?� A.,J .,r .;,A✓..:;, _,,;1 t./".,/ ,, ,, oc; c. o+ c. c.+ o , 0 ,,,,. 0 C. www-highcourt-gov-mv e,:__, •., info@highcourt,gov-mv
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އަދި (ނ)
- ޤާނޫނު ނަންބަރު 12/2009 ގެ 33 ވަނަ މާއްދާގެ (ށ)، 46 ވަނަ މާއްދާގެ (ރ)، 47 ވަނަ މާއްދާ، 48 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 5، 44، 46 (ހ)، 77، 82 (ރ)، 83 (ހ) އަދި (ށ)، 94 (ރ)، 110 (ށ)، 119 (ހ) (3)، 135، 145 (ހ)، (ށ)، (ރ)، 186 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ)، (އ) އަދި (ކ)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 15 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ
- ހައިކޯޓުގެ ގަވާއިދުގެ 27 ވަނަ މާއްދާ
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 114 އަދި 127 ވަނަ މާއްދާ
- ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 47 ވަނަ މާއްދާގެ (ށ) އަދި ޖަދުވަލު 2
- ގަވާއިދު ނަންބަރު R-48/2011 އަދި R-70/2016 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ގަވާއިދު)
- 2022/SC-A/75 (އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2023/SC-A/16,17 (ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާއި އަޙްމަދު ކްރިކްރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2022/SC-A/85
- 2023/SC-A/23
- 2019/SC-A/57 (ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް)
- 2014/HC-A/83 (މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ)
- 2017/SC-A/41
- 2021/SC-A/77
- 2021/SC-A/107
- 2021/SC-A/106
- 2022/SC-A/12
- 2021/SC-A/89
- 2021/SC-A/40
- 2022/SC-A/60
- 2024/SC-A/53
- 2019/SC-A/77 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު)
- 2017/SC-A/16 (ދިވެހި ދައުލަތް ވ. ޢަލީ ޝާހް)
- 2020/SC-A/42 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނަން ފޮރުވާފައި)
- 2020/SC-A/40 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނަން ފޮރުވާފައި)
- 2020/SC-A/60 (ނަން ފޮރުވާފައި ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2020/SC-A/94 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނަން ފޮރުވާފައި)
- 2018/SC-A/24 (މޫސާ ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2019/SC-A/93 (ޠަލްޢަތު މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2020/HC-A/262 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. މޫސާ ޖަމީލް)
- 2014/SC-A/26 (ޢަދުނާން ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2019/HC-A/288 (އިބްރާހީމް ނާފިޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
- 2022/HC-A/407 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިލްހާމް)
- Maryland v. Craig, 497 U.S. 836 (1990)
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މަރްޔަމް ޝަހުމާ، އަޙްމަދު ނައުޝާދު، ޞަފާ އިބްރާހީމް، އިބްރާހީމް ނާޞިޙް
- ބެންޗު
- ޙުޒައިފާ މުޙައްމަދު، މުޙައްމަދު ފައިޞަލް، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- މުޙައްމަދު ފައިޞަލް