ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/16
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ސަމާމް، 2020/HC-A/16
Prosecutor General v. Ahmed Samaam 2020/HC-A/16 (2020/HC-A/16, High Court of the Maldives, 31 October 2021)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ސަމާމް
މައްސަލައިގެ ޚުލާޞާ
ހއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުން 2019/HC-N-A/06 އަށް ރިޢާޔަތްކޮށް، ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި ދަޢުވާ ފޯމު ބާޠިލުކޮށް ލިޔެކިޔުން ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވާލިއެވެ.
ތުހުމަތުކުރެވޭ ފަރާތް ފުރަތަމަ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ދޫކޮށްލުމަށްފަހު، ދައުލަތުން "ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުން" ގެ ނަމުގައި ދަޢުވާ ހުށަހެޅުމުން، ކުށުގެ ނަމުގެ ސަބަބުން ދެ ފަހަރު ދަޢުވާ އަނބުރާ ފޮނުވާލިއެވެ. ނަން އިޞްލާޙުކޮށް ތިންވަނަ ފަހަރަށް ހުށަހެޅިއެވެ.
ދައުލަތުން ބުނީ ދަށު ކޯޓުގެ ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާއާއި 2019/HC-N-A/06 ގެ ނިންމުމާ ޚިލާފު ނިންމުމެއްކަމަށެވެ.
މައިގަނޑު ސުވާލު
ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދަޢުވާ، ދަޢުވާ އުފުލުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައިވާ މުއްދަތު ފާއިތުވެފައިވާތީ އަދި 2019/HC-N-A/06 ގެ މައްޗަށް ބިނާކޮށް ކުރިއަށް ނުގެންދެވޭނެކަމަށް މެޖިސްޓްރޭޓް ކޯޓުން ނިންމުން ޞައްޙަތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު، މައްސަލަ މައުޟޫޢީގޮތުން ބެލުމަށް މެޖިސްޓްރޭޓް ކޯޓަށް ފޮނުވި
ދަޢުވާ ފުރަތަމަ ހުށަހެޅީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ށ) ގެ 45 ދުވަހުގެ މުއްދަތުގެ ތެރޭގައި ކަމަށާއި، ދަޢުވާ އުފުލުމާއެކު މުއްދަތު ގުނުން ހުއްޓޭނެކަމަށާއި، ފޯމު އަނބުރާ ފޮނުވީ ލިޔެކިޔުން ފުރިހަމަނުވެގެން ނޫންކަމުން 2019/HC-N-A/06 ތަޠުބީޤު ނުވާނެކަމަށާއި، ކުށަށް ދީފައިވާ ނަމަކީ ޤާނޫނުގެ ސުރުޚީއާ އެއްގޮތް ނަމެއްކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށްފަހު ދޫކޮށްލާފައިވާ މީހެއްގެ މައްޗަށް، 94 ވަނަ މާއްދާގެ (ށ) ގެ ދަށުން ފުރަތަމަ ހާޒިރުކުރެވޭތާ 45 ދުވަހުގެ ތެރޭގައި ދަޢުވާ އުފުލަންވާނެއެވެ؛ އެ މުއްދަތު ހަމަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްނަމަ، އެންމެ ފަހުގެ ތާރީޚަކީ ޖެހިގެން އަންނަ ފުރަތަމަ ރަސްމީ ދުވަހުގެ ރަސްމީ ގަޑި ނިމުމެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.6).
- ކުށެއްގެ ދަޢުވާ ދައުލަތުން އުފުލުމާއެކު، އެ ކުށަކާ ގުޅިގެން ދަޢުވާކުރުމަށް އޮތް މުއްދަތު ގުނުން ހުއްޓުމަކަށް އަންނާނެކަން ޤާނޫނުލް ޢުޤޫބާތުގެ 61 ވަނަ މާއްދާގެ (ނ) އިން އެނގެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.7).
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާގެ ދަށުން ޖިނާއީ ދަޢުވާއެއް ހުށަހަޅަންވާނީ ސާބިތުކުރުމަށް ބޭނުންވާ ހެއްކާއި ބަޔާންތަކާއި ލިޔެކިޔުމާއި އެކްޒިބިޓްތަކާއެކުގައެވެ؛ ޤާނޫނު ލާޒިމްކުރާ ލިޔުންތައް ހިމަނާފައި ނުވާނަމަ ދަޢުވާ ހުށަހެޅީ ކަމުގައި ޤާނޫނީގޮތުން ބެލެވޭނެ ހަމައެއް ނޯންނާނެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.8).
- 2019/HC-N-A/06 ތަޠުބީޤުވަނީ ލިޔެކިޔުން ފުރިހަމަނުވެގެން ދަޢުވާ އަނބުރާ ފޮނުވައި، ފުރިހަމަކޮށް ދެވަނަ ފަހަރަށް ހުށަހަޅާއިރު މުއްދަތު ފާއިތުވެފައިވާ ޙާލަތަށެވެ؛ ދަޢުވާ ފޯމު އަނބުރާ ފޮނުވާލީ ލިޔެކިޔުން ފުރިހަމަނުވެގެން ނޫން، ކުށަށް ދީފައިވާ ނަމުގެ ސަބަބުން ކަމަށްވާނަމަ އެ ޤަޟިއްޔާ ތަޠުބީޤު ނުކުރެވޭނެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.9).
- ޤާނޫނު ނަންބަރު 12/2009 ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމަކީ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުންކަމަށް ބެލެވޭ ކަމެއް ކަމުން، މާއްދާގެ ސުރުޚީގައިވާ ނަމުން ("ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުން") ދަޢުވާ ކުރުމަކީ ދަޢުވާ ބަލައިނުގަތުމަށް ސަބަބެއް ނޫނެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.10).
- ޤާނޫނީ މުއްދަތުގެ ތެރޭގައި އުފުލާފައިވާ ދަޢުވާއެއް ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި ދަޢުވާ ފޯމު ބާޠިލުކުރުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ؛ އެފަދަ މައްސަލައެއް ދަށު ކޯޓުން މައުޟޫޢީގޮތުން ބަލަންޖެހެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.10).
g ދިވެހިރާއްޖޭގެ ހައިކޯޓު ދިވެހިރާއްޖެ ޤަޟިއްޔާ ނަންބަރު : 2020/HC-A/16 އިސްތިއުނާފުކުރި ފަރާތް : ޕްރޮސިކިއުޓަރ ޖެނެރަލް އިސްތިއުނާފު ރައްދުވި ފަރާތް : އަޙްމަދު ސަމާމު، ސްނޯހިލް މައްސަލައިގެ ބާވަތް : ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުން މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޢަލީ ސަމީރު ފަނޑިޔާރު މުޙައްމަދު ނިޔާޒް 25 ރަބީޢުލްއައްވަލް 1443 ނިމުނު ތާރީޚް : 31 ސެޕްޓެންބަރު 2021 03 ޖުމާދަލްއާޚިރާ 4314 ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީކުރެވުނ ތާރީޚް : 28 ޖަނަވަރީ 2020 އިސްތިއުނާފުކުރެވުނު މައްސަލަ : ނަންބަރު : 43/O10C/2018 ޤަޟިއްޔާ ނިންމި ތަން : ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓު ބާވަތް : ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުން ހުށަހެޅުނު ތާރީޚް : 05 ސެޕްޓެންބަރު 2018 ނިމުނު ތާރީޚް : 29 އޮގަސްޓު 2019 ފަނޑިޔާރު ޢަބްދުﷲ ޙަމީދު ގެ ރައުޔަ،މި ރައުޔަށް ފަނޑިޔާރު ޢަލީ ސަމީރާއި ފަނޑިޔާރު މުޙައްމަދު ނިޔާޒް ތާއީދުކުރައްވައެވެ . ދަޢުވާގެ ޚުލާޞާ : 1- މިއީ، ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 43/O10C/2018 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދޭ، ދައުލަތް )ޕްރޮސިކިއުޓަރ ޖެނެރަލް( ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާ ފައިވާ ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ލ.މާމެންދޫ/ ސްނޯހިލް، އަޙްމަދު ސަމާމު އެވެ. ދަށު ކޯޓަށް ހުށަހެޅުނު މައްސަލަ އާއި ނިމުނގޮތު: 2- ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 43/O10C/2018 ޤަޟިއްޔާގައި އަޙްމަދު ސަމާމު ގެ މައްޗަށް ހުށަހެޅުނު ދަޢުވާއަކީ، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ގެ 3ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެ މާއްދާގެ )ނ( ގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދަޢުވާއެވެ . އެ ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ ] :ދެންފަހެ، އިސްވެ ބަޔާންވެދިޔަ ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތްކޮށް ލ.މާމެންދޫ / ސްނޯހިލް، އަޙްމަދު ސަމާމު )ދ.ރ( ގެ މައްޗަށް ޤާނޫނު ޤާނޫނު ( ގެ 3ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެ މާއްދާގެ )ނ( ގެ ދަށުން ދައުލަތުން ކުޅަކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދު ގައި އަތްލުމުގެ ކުށުގެ ދަޢުވާގެ މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-N-A/06 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ރިޢާޔަތްކޮށް މި މައްސަލަ މި ކޯޓުގައި ކުރިޔަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ނަންބަރު 12/އޯ /2018/408 ދަޢުވާ ހުށަހަޅާ ފޯމް ބާޠިލްކޮށް، ދަޢުވާފޯމްއާއި، މައްސަލައާއި ގުޅޭ އެންމެހައި ލިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާލުމަށް ނިންމައި، މިގޮތުގެ މަތިން މި ޤަޟިއްޔާ ނިންމީއެވެ [. މިފަދައިންނެވެ. އިސްތިއުނާފީ ނުކުތާ ތައު: 3- ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 43/O10C/2018 ޤަޟިއްޔާއެ ކޯޓުން ނީންމަވާ ފައިވަނ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރަމުން، ދައުލަތް )ޕްރޮސިކިއުޓަރ ޖެނެރަލް( ގެ ފަރާތުން އަންނަނިވި ނުކުތާ ފާހަގަކޮށް، އެ ނުކުތާ އާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ . އެ ނުކުތާއަކީ : ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނ( ގެ 94ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-N-A/06 ޤަޟިއްޔާގައި ނިންމާފައިވާ ނިންމެވުމާ ޚިލާފަށް ލ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 43/O10C/2018 ޤަޟިއްޔާ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ . ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތައް : 4- ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 43/O10C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތއަށާ އ، އެނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި، މައްސަލައިގައި ހިމެނޭ ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ .
4.1- ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ގެ 3ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެ މާއްދާގެ )ނ( ގެ ދަށުން އަޙްމަދު ސަމާމުގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ ކުށާއި، އެ ކުށުގެ ޢުންޞުރުތަކަށް ބަލާއިރު، ]ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުން [ ދަޢުވާގެ ނަމެއްގެ ގޮތުގައި އޮންނަ އޮތުމަކީ، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( ގެ 3ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެ މާއްދާގެ )ނ( ގެ ދަށުން އަދަބު ކަނޑައެޅުމަށް ހުރަހަކަށްވާ ކަމެއް ކަމަށާއި، ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )ހ( އާއި )ޅ( އަދި 61ވަނަ މާއްދާގެ )ށ( ގެ ދަށުން، ދަޢުވާލިބޭ ފަރާތަށް ކުށުން ބަރީއަވުމާއި ދިފާޢު ބިނާކުރުމަށް ހުރަސް އެޅިގެންދާ ކަމެއް ކަމަށް ބަޔާންކޮށް، ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު O10C-B/196/2018/36 ސިޓީން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 2/އޯ /2018/408 )27 ފެބުރުވަރީ 2018( ދަޢުވާ ފޯމު ބަލައިގަނެވެން ނެތްކަން އަންގައި އެފޯމު 2018 މާރިޗު 4ވަނަ ދުވަހުގެ ތާރީޚުގައި އަނބުރާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާލާފައިވެއެވެ . އެ ތާރީޚަކީ އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ހިމެނޭ ދަޢުވާ އުފުލުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ފަހުގެ ތާރީޚެކެވެ .
4.2- ]ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުން [ ކުށުގެ މައުޟޫޢެއްގެ ދަށުން މައްސަލަ ކުރިއަށް ގެންދެވިދާނެކަމަށް ފެންނާތީ، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ގެ 3ވަނަ މާއްދާގެ )ހ( އާޙަވާލާދީ، އެ މާއްދާގެ )ނ( ގެ ދަށުން ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ، ދެވަނަ ފަހަރަށް އަޙްމަދު ސަމާމުގެ މައްޗަށް، 26 ޖޫން 2018 ގައި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުގެ ނަންބަރު 196-LAB/O10C/2018/27 ސިޓީން، އަލުން ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވެއެވެ . ނަމަވެސް، ކުރިންވެސް ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ O10C-B/196/2018/36 )04 މާރިޗު 2018( ސިޓީގައި ފާހަގަކޮށްފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ބުނެވިދިޔަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-LAB/O10C/2018/27 )26 ޖޫން 2018( ސިޓީން، އަޙްމަދު ސަމާމުގެ މައްޗަށް ދެވަނަ ފަހަރަށް އުފުލި ދަޢުވާފޯމުވެސް ބަލައިނުގަތުމަށް ނިންމައި އެކަން 2018 ޖޫން 28 ގައި އެ ކޯޓުގެ ނަންބަރު O10C-B/196/2018/51 ސިޓީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގާފައިވެއެވެ .
4.3- ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ގެ 3ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެ މާއްދާގެ )ނ( ގެ ދަށުން އަޙްމަދު ސަމާމުގ މައްޗަށް ދައުލަތުން ކުޅަ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ގެ ނަން އިޞްލާހުކުރުމަށްފަހު، ހަމަ އެ ޤާނޫނުގެ އެ ނައްޞަށް ޙަވާލާދީ ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުގެ ނަންބަރު 41LAB/O10C/2018/-196 ސިޓީއާއެކު، ]ކުޑަކުއްޖެއްގެ ހަށިގަނޑުގައިޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުން[ ގެ ކުށުގެ ދަޢުވާ، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ނަންބަރު 12/އޯ /2018/408 ދަޢުވާ ހުށަހަޅާ ފޯމު ނ އަޙްމަދު ސަމާމުގެ މައްޗަށް ދައުލަތުން އުފުލައި އެ ދަޢުވާ ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ފޮނުވާފައިވެއެވެ . އެއީ 15 އޮގަސްޓް 2018 ގެ ތާރީޚުގައެވެ .
4.4- ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 43/O10C/2018 ޤަޟިއްޔާގެ ދަށުން ލ.މާމެންދޫ / ސްނޯހިލް، އަޙްމަދު ސަމާމުގެ މައްޗަށް ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ގެ 3ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެ މާއްދާގެ )ނ( ގެ ދަށުން ދައުލަތުން ކުޅަ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދަޢުވާގެ މައްސަލަ ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިޔަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ނަންބަރު 12/އޯ /2018/408 ދަޢުވާ ހުށަހަޅާ ފޯމް ބާޠިލްކޮށް، ދަޢުވާފޯމާއި، މައްސަލައާ ގުޅޭ އެންމެހައި ލިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާލުމަށް ނިންމައި އެ ގޮތުގެ މަތިން އެ މައްސަލަ ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާ ފައިވެއެވެ . އެ ގޮތަށް ނިންމފައިވަނާ ދިވެހިރާއްޖޭ ގެ ހައިކޯޓުގެ ނަންބަރު 2019/HC-N-A/06 ޤަޟިއްޔާއަށް ރިޢާޔަތްކޮށްގެންކަމަށް ބަޔާންކޮށްފައިވެއެވެ .
4.5- ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 94ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-N-A/06 ޤަޟިއްޔާގައި ނިންމާފައިވާ ނިންމެވުމާ ޚިލާފަށް ލ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 43/O10C/2018 ޤަޟިއްޔާ ނިންމަވާފައިވާކަމަށް ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ . އެ ނުކުތާއަށް ނަޒަރުކުރާއިރު؛ ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 94ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ : )]ހ( ޖިނާއީ ކުށެއްގެ ދަޢުވާ ލިބޭ ފަރާތަކީ މި ޤާނޫނުގެ 60ވަނަ މާއްދާގެ )ށ( ގެ ދަށުން ބަންދުކުރެވިފައިވާ މީހެއްނަމަ، އޭނާ މި ޤާނޫނުގެ 58ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 )ތިރީސް ( ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ އުފުލަންވާނެއެވެ . )ށ( ޖިނާއީ ކުށެއްގެ ދަޢުވާލިބޭ ފަރާތަކީ މި ޤާނޫނުގެ 60ވަނަ މާއްދާގެ )ށ( ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމަށްފަހު އެ މާއްދާގެ )ނ( ނުވަތަ )ރ( ގެ ދަށުން ދޫކޮށްލާފައިވާ މީހެ އްނަމަ، އޭނާ ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކުރެވޭތާ 45 )ސާޅީސްފަހެއް ( ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ އުފުލަންވާނެއެވެ . )ނ( މި މާއްދާގެ )ހ( އާއި )ށ( ގައި ބަޔާންކުރާ މީހުންގެ މައްސަލަތަކުގައި އެ މާއްދާތަކުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މީހުންގެ މައްޗަށް ދަޢުވާ އުފުލުމަށް މަގުފަހިކުރުމަށްޓަކައި ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެފަދަ މައްސަލަތަކުގެ ތަޙްޤީޤު ނިންމައި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވަންވާނެއެވެ . )ރ( މި މާއްދާގެ )ނ( އެހެން އޮތްނަމަވެސް، މި މާއްދާގެ )ހ( ގައި ބަޔާންކުރާ މީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި، އެ މައްސަލައިގެ ބާވަތުން އެ އަކުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރެވިދާނެ މައްސަލައެއް ކަމު ގައިނުވާނަމަ، އެ މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރުމަށްޓަކައި މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެއެވެ . އެހެންނަމަވެސް، އެފަދައިން އިތުރުކޮށްދޭ މުއްދަތު، 30 )ތިރީސް ( ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ . އަދި އެ މީހެއްގެ މައްޗަށް އެ 30 )ތިރީސް ( ދުވަސް ހަމަވުމުގެ ކުރިން ދަޢުވާ އުފުލަންވާނެއެވެ . )ބ( މި މާއްދާގެ )ނ( އެހެން އޮތްނަމަވެސް، މި މާއްދާގެ )ށ( ގައި ބަޔާންކުރާ މީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި، އެ މައްސަލައިގެ ބާވަތުން އެ އަކުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރެވިދާނެ މައްސަލައެއް ކަމުގައިނުވާނަމަ، އެ މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރުމަށްޓަކައި މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެއެވެ . އެހެންނަމަވެސް، އެފަދައިން އިތުރުކޮށްދޭ މުއްދަތު، 45 )ސާޅީސްފަހެއް ( ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ . އަދި އެ މީހެއްގެ މައްޗަށް އެ 45 )ސާޅީސްފަހެއް ( ދުވަސް ހަމަވުމުގެ ކުރިން ދަޢުވާ އުފުލަންވާނެއެވެ . )ޅ( މި މާއްދާގެ )ރ( ނުވަތަ )ބ( ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް މުއްދަތު އިތުރުކޮށްދީފިނަމަ، އެ މުއްދަތު އިތުރުކޮށްދޭންޖެހުނު ސަބަބު ބަޔާންކުރާ ލިޔުމެއް، އެ މައްސަލައިގެ ދަޢުވާއާއެކު ކޯޓަށް ހުށަހަޅަންވާނެއެވެ .[ މިފަދައިންނެވެ . ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 94ވަނަ މާއްދާގެ ބަޔާންވެދިޔަ އަކުރުތަކުގެ ތެރެއިން، އިސްތިއުނާފުކުރެވިފައި މިވާ ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 43/O10C/2018 ޤަޟިއްޔާގަޔާއި އިސްތިއުނާފީ ބަޙުޘުގައި، ދައުލަތުން ޙަވާލާދާދީފައިވަނީ އެ ޤާނޫނުގެ 94ވަނަ މާއްދާގެ )ށ( އަށްކަން ދައުލަތުން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ .
4.6- އަޙްމަދު ސަމާމުގެ މައްޗަށް ދަޢުވާކުރެވިފައިވާ މައްސަލައިގައި ހިމެނޭ ކުށުގެ ތުހުމަތުގައި، އަޙްމަދު ސަމާމު ހައްޔަރުކޮށް އެންމެ ފުރަތަމަ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވަނީ، 2018 ޖަނަވަރީ 15ވަނަ ދުވަހުއެވެ. އެ ފަރާތަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ ކުރިމަށްޗަށް ހާޒިރުކުރުމުން ދޫކޮށްލާފައިވާ ފަރާތެކެވެ . އެހެންކަމުން، އަޙްމަދު ސަމާމުގެ މައްޗަށް ތުހުމަތުކުރެވުނު ކުށާ ގުޅިގެން އެ ފަރާތުގެ މައްޗަށް 45 )ސާޅީސް ފަހެއް ( ދުވަހުގެ ތެރޭގައި ދަޢުވާކުރަން ޖެހެއެވެ . 2018 ޖަނަވަރީ 15 އިން ފެށިގެން 45 ދުވަސް ހަމަވާ ތާރީޚަކީ، 2018 މާރިޗު 2ވަނަ ދުވަހެވެ . އެ ދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަހެއްކަމުން، އަޙްމަދު ސަމާމުގެ މައްޗަށް ދަޢުވާ އުފުލުމުގެ އެންމެ ފަހުގެ ތާރީޚަކީ ޖެހިގެން އައި ފުރަތަމަ ރަސްމީ ދުވަސްކަމުގައިވާ 2018 މާރިޗު 4ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިންނެވެ .
4.7- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 2/އޯ /2018/408 ދަޢުވާ ފޯމުން ޤާނޫނު ޤާނޫނު ( ގެ 3ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެ މާއްދާގެ )ނ( ގެ ދަށުން،އަޙްމަދު ސަމާމުގެ މައްޗަށް ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ، 27 ފެބްރުއަރީ 2018 ގައި ދައުލަތުން ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓު ގައި އުފުލާ ފައިވެއެވެ . އެކަމަކީ ދެ ފަރާތުގެ މެދުގައި ޚިލާފެއް އޮތްކަމެއް ނޫނެވެ . އެހެންކަމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަޙްމަދު ސަމާމުގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި ދަޢުވާ އުފުލާ ފައިވާކަން އެނގެއެވެ . އަދި ]ކުށެއްގެ ދަޢުވާ ދައުލަތުން އުފުލުމާއެކު، އެ ކުށަކާ ގުޅިގެން، ދަޢުވާކުރުމަށް އޮތް މުއްދަތު ގުނުން ހުއްޓުމަކަށް އަންނާނެ [ ކަން ޤާނޫނު ނަންބަރު 2014/9 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ( ގެ 61ވަނަ މާއްދާ ގެ )ނ( އިން އެނގެން އޮވެއެވެ .
4.8- ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 83ވަނަ މާއްދާގައި، ޖިނާއީ މައްސަލައެއްގެ ދަޢުވާ، އެ ފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހަޅަންވާނީ، އެ ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ ހެއްކާ އެކުގައި ކަމަށާއި، ދަޢުވާ ސާބިތުކުރުމަށް ހުށަހަޅަން ބޭނުންވާ އެންމެހައި ބަޔާންތަކާއި، ލިޔެކިޔުމާއި، އެކްޒިބި ޓްތައް ދަޢުވާ ފޯމާއެކު ހިމަނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ . އެހެންކަމުން ދަޢުވާ ފޯމާއެކު ހުށަހެޅުމަށް ޤާނޫނު ލާޒިމުކުރާ ލިޔުންތައް ހިމަނާފައިނުވާނަމަ ދަޢުވާ ހުށަހެޅީ ކަމުގައި ޤާނޫނީގޮތުން ބެލެވޭނެ ހަމައެއް ނޯންނާނެކަން އެނގެއެވެ .
4.9- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-N-A/06 ޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ދައުލަތުގެ ފަރާތުން ހުށަހެޅި މައްސަލައެއްގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިޔުން ފުރިހަމަނުވާތީ، މައްސަލަ އަނބުރާ ފޮނުވލުމާ ން، ދައުލަތުގެ ފަރާތުން ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު ދެވަނަ ފަހަރަށް ހުށަހެޅިއިރު، ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގައި ދަޢުވާ އުފުލުމަށް ކަނޑައެޅިފައިވާ މުއްދަތު ފާއިތުވެފައިވާތީ އެ ދަޢުވާއަކީ ކުރިއަށް ގެންދެވެން ނެތް ދަޢުވާއެއްކަމަށް ނިންމާފައިވާ މައްސަލައެކެވެ . އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ބ. އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ . ނަމަވެސް އިސްތިއުނާފުކުރެވިފައިވާ މި މައްސަލައިގައި ދަޢުވާ ފޯމު އަނބުރާ ފޮނުވާލައިފައިވަނީ، ދަޢުވާ ފޯމާއެކު ހިމަނަށްޖެހޭ ލިޔެކިޔުން ފުރިހަމަނުވެގެން ނޫނެވެ . ދަޢުވާ ފޯމު އަނބުރާ ފޮނުވާލައިފައިވަނީ، އެ ދަޢުވާގައި ޙަވާލާދީފައިވާ، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު (ގެ މާއްދާގެ ނައްޞުގައި ބަޔާންކުރާ ގޮތަށް ދަޢުވާގެ ޞީޣާގައި މައްސަލައިގައި ކުށަށް ދީފައިވާ ނަން ލިޔެފައިނުވާތީއެވެ . ދެވަނަ ފަހަރަށް އެ މައްސަލަ ހުށަހެޅުމުންވެސް އަނބުރާ ފޮނުވާލީ ހަމަ އެ ސަބަބަށްޓަކައެވެ . މުއްދަތު ފާއިތުވެގެން ކަމަށް ބަޔާންކޮށްފައިނުވެއެވެ . އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ދަޢުވާ އުފުލުމުގައި ކަން ހިނގާފައިވާ ގޮތާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-N-A/06 ޤަޟިއްޔާގައި ހިމެނޭ މައްސަލައިގައި ދަޢުވާ އުފުލުމުގައިކަން ހިނގާފައިވެގޮތް އެއްގޮތް ކަމަކަށް ނުފެނެއެވެ. އެހެންކަމުން އިސްތިއުނާފުކުރެވިފައިވާ، މި މައްސަލައިގެ މައްޗަށް ދވެހިރާއްޖޭގި ހައިކޯޓުގެ ނަންބަރު 2019/HC-N-A/06 ޤަޟިއްޔާ ތަޠުބީޤުކުރެވިދާނެކަމަކަށް ނުފެނެއެވެ .
4.10- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 2/އޯ /2018/408 ދަޢުވާ ފޯމުން، 27 ފެބްރުއަރީ 2018 އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-LAB/O10C/2018/27 ސިޓީއިން، 62 ޖޫން 2018 ގައި، އަޙްމަދު ސަމާމުގެ މައްޗަށް ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނުކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އެވެ . އެ ދަޢުވާ ހުށަހަޅާފައިވަނީ ޤާނޫނު ޤާނޫނު ( ގެ 3ވަނަ މާއްދާގެ )ހ( އާ ޙަވާ ލާދީ، އެ މާއްދާގެ )ނ( ގެ ދަށުނނެވް . މި މާއްދާގެ އަރިމަތީ ޞުރުޚީގައި ބަޔާންކޮށްފަ އިވަނީ، ]ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުން [ މިފަދައިންނެވެ . ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ގެ 3ވަނަ މާއްދާގެ )ހ( ގައި ވަނީ، ]މީހަކު، ކުޑަކުއްޖެއްގެ ހަށިގަނޑުގައި، ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލައިފިކަމަށްވާނަމަ، އެ ކުރަނީ ކުށެކެވެ [. މިފަދައިންނެވެ . ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުން، އެއީ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުންކަމަށް ބެލެވޭ ނެއެވެ . ވީމާ، އިސްވެދިޔަ ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން އަޙްމަދު ސަމާމުގެ މައްޗަށް ޤާނޫނު ޤާނޫނު ( ގެ 3ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެ މާއްދާގެ )ނ( ގެ ދަށުން ދައުލަތުން ކުޅަ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަ ޞް ދުގައި އަތްލުމުގެ ކުށުގެ ދަޢުވާ ގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-N-A/06 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ރިޢާޔަތްކޮށް ކުރިޔަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ނަންބަރު 12/އޯ /2018/408 ދަޢުވާ ހުށަހަޅާ ފޯމް ބާޠިލްކޮށް، ދަޢުވާފޯމްއާއި، މައްސަލައާ ގުޅޭ އެންމެހައި ލިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/257 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 03ވަނަ ނަންބަރުގެ )ރ.( ފޮނުވާލުމަށް ހައްދުންމަތި މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 43/O10C/2018 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމުން ރަނގަޅުކަމަކަށް ނުފެނެއެވެ . އަދި އެ މައްސަލައަކީ އެ ކޯޓުން މައުޟޫޢީގޮތުން ބަލަންޖެހޭ މައްސަލައެއް ކަމުގައި ދެކެ މެވެ . ޙުކުމް : ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ލ.މާމެންދޫ / ސްނޯހިލް، އަޙްމަދު ސަމާމު )ދ.ރ( ގެ މައްޗަށް ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( ގެ 3ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެ މާއްދާގެ )ނ( ގެ ދަށުން ދައުލަތުން ކުޅަ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާގެ މައްސަލަ ކުރިޔަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ނަންބަރު 12/އޯ /2018/408 ދަޢުވާ ހުށަހަޅާ ފޯމް ބާޠިލްކޮށް، ދަޢުވާފޯމްއާއި، މައްސަލައާ ގުޅޭ އެންމެހައި ލިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާލުމަށް ނިންމައި، ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 43/O10C/2018 ޤަޟިއްޔާގައި އެ ކޯޓުން ނިންމާފައިވާ ނިންމު ން މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށް، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ނަންބަރު 12/އޯ /2018/408 ދަޢުވާ ހުށަހަޅާ ފޯމުން ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓު ގައި އުފުލާފައިވާ ދަޢުވާ މައުޟޫޢީގޮތުން އެ ކޯޓުން ބެލުމަށް އަންގައި، ޤާނޫނު ނަންބަރު 2020/HC-A/1 .s' (.,-) ;:.;46 22/2010 '' ox~ o.- o~~ o 'o~~ ,- ' .-~t? .- '"o~ ' ~o .- o.-t? ouoo ' ·.J>.?.,J-"V?.J'./..J" .r-.:S.,J.J""""" .s.r-;".nt..r-.,J .7<~> "".sev"""" .sc""-""""-"~ .n,~.:; .? -"Ev E-""E....--c.? ~ ~ .,.. """ ., ,; .., .., ,; ..., ..,. ""' / :10:1:1 // ~0 ,. ;"V.?V./. ,;1_7<1> ./1,;1~J.? ~ / , ,. "' :1 ~ ,. """'.?....-- /-<' .;>"./1 t./".,1 ~ ~ / 0 :1 ;J;J;J~ ;1(?" <.U O * {. WWW·h ighcourt·gov·mv :e-; ::- :; info @ hi ghcourt·gov·mv :J-;;-:
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާއި (ނ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާ، ޚާއްޞަކޮށް (ށ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 83 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 61 ވަނަ މާއްދާގެ (ނ) (ލިޔުމުގައިވާ ގޮތަށް)
- ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) އާއި (ޅ) އަދި 61 ވަނަ މާއްދާގެ (ށ) (ދަށު ކޯޓުން ޙަވާލާދީފައި)
- 2019/HC-N-A/06
- 2017/HC-A/257
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު، މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޢަލީ ސަމީރު، މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް