ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-A/187
މުޙައްމަދު ވ. އައިޝަތު، 2025/HC-A/187
Mohamed v. Aishath 2025/HC-A/187 (2025/HC-A/187, High Court of the Maldives, 30 October 2025)
މުޙައްމަދު ވ. އައިޝަތު
މައިގަނޑު ސުވާލު
ޙަޟާނަތުގެ މައްސަލަ ނިމެންދެން ތިން ކުދިންގެ ތެރެއިން ދެ ކުއްޖަކު ބައްޕަގާތުގައި ބެހެއްޓުމަށް ނިންމައި، އެންމެ ހަގު ކުއްޖާ މަންމައާ ޙަވާލުކުރުމަށް ނެރުނު ވަގުތީ އަމުރު މުރާޖަޢާކޮށް ދެމެހެއްޓި ފެމިލީ ކޯޓުގެ ނިންމުމަކީ، ހެކިތަކަށް ރިޢާޔަތްނުކޮށް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށް ނިންމި ނިންމުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) އާއި (ނ) ގެ ދަށުން، ކުއްޖާގެ މަޞްލަޙަތަށް އިސްކަންދީ ކޮންމެ ކުއްޖަކާ ގުޅޭ ގޮތެއް ނިންމަންވާނީ އެ ކުއްޖެއްގެ ޚާއްޞަ ޙާލަތާއި ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް، ކޮންމެ ކުއްޖެއްގެ މައްސަލަ ވަކިން ބަލައިގެންނެވެ؛ އެހެން ކުދިންގެ ޙާލަތާއި ރަޢުޔުގެ މައްޗަށް ބިނާކޮށް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 42-43، 52)
- ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅި ހެކިތަކަށް ރިޢާޔަތްނުކުރާކަމަށް ބުނާނަމަ، ރިޢާޔަތްނުކުރަނީ ކޮން ޤާނޫނީ ނުކުތާއަކާ ގުޅޭ ކޮން ހެއްކެއްކަން ބުނެދިނުމަކީ އެހެން ބުނާ ފަރާތުގެ ޒިންމާއެކެވެ؛ އަދި މައްސަލައެއް ކާމިޔާބުނުވުމުން ފަނޑިޔާރު ބަލަންވާވަރަށް ނުބަލާކަމަށް ތުހުމަތުކުރުމަކީ އިސްތިއުނާފުކުރުމަށް ހަރުދަނާ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 45-46)
- ޚަޞްމަކު ދެކޭ ނަތީޖާއަށް ފަނޑިޔާރު ވާސިލުނުވުމަކީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށް ހެކިތަކަށް ރިޢާޔަތްނުކުރިކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 53)
- ވަގުތީ އަމުރެއް މުރާޖަޢާކުރުމުގައި، ކުދިންނާއި މައިންބަފައިންނާ ވާހަކަދައްކައި ޙާލަތު ވަޒަންކޮށްގެން ކުޑަކުދިންނާއި އާއިލާގެ ކަންކަމާ ބެހޭ ދައުލަތުގެ އިދާރާއިން (މިނިސްޓްރީ / ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް) ފާހަގަކުރާ، މައިންބަފައިންގެ ތަޢައްޞުބާއި ޖަޒުބާތުން ދުރު، ފަރުދީ މަޞްލަޙަތެއް ނެތް މަޢުލޫމާތަށް ބިނާކޮށް ފަނޑިޔާރު އިޚްތިޔާރު ބޭނުންކުރުމަކީ، ފުރިހަމަ އެސެސްމަންޓެއް ނެތް ނަމަވެސް، ހެކިތަކަށް އެކަށީގެންވާ ރިޢާޔަތްކޮށްގެން ނިންމާ ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 49-51، 53)
- ކުދިންގެ ޢުމުރާއި ޚިޔާރާ ޚިލާފަށް ގަދަކަމުން މަންމަގާތުގައި ބެހެއްޓުން މަޞްލަޙަތާ ޚިލާފު ކަމަށް ކަމާބެހޭ އިދާރާއިން ބުނާ ކުދިން ބައްޕަގާތުގައި ބަހައްޓައި، އެފަދަ ފާހަގަކުރުމެއް ނެތް ކުޑަ ޢުމުރުގެ ކުއްޖާ މަންމަގާތުގައި ދެމެހެއްޓުމަކީ ހަރުދަނާ ސަބަބުތަކެއްގެ މައްޗަށް ނިންމާފައިވާ ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 51-52)
ތާއީދު ކުރައްވައެވެ).
1މި މައްސަލައަކީ، ފެމިލީ ކޯޓުގެ ނަންބަރު B8/2025/14 "ވަގުތީ އަމުރު" (07 ޖޫން 2025) (މީގެފަހުން "ވަގުތީ އަމުރު"ކަމަށްބުނެފައިވާ) މުރާޖަޢާކުރުމަށްފަހު، އެ ކޯޓުގެ ނަންބަރު B8/2025/21 "ވަގުތީ އަމުރު މުރާޖަޢާކުރުމާމެދު ނިންމިގޮތް" (29 ޖޫން 2025) (މީގެފަހުން "ވަގުތީ އަމުރުގެ މުރާޖަޢާ"ކަމަށްބުނެފައިވާ) އިސްތިއުނާފު ކުރުމަށްއެދި، xxxxxxx، xxx، މުޙައްމަދު xxxxxxx xxxx×××xxxxx (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "މުޙައްމަދު"ކަމަށްބުނެފައިވާ) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، xxxxxxx، xxxxx، ޢާއިޝަތު xxxxxxxxxx (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޢާއިޝަތު"ކަމަށްބުނެފައިވާ) އެވެ.
2އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން 05 ނޮވެމްބަރ 2015 ދުވަހު ކާވެނިކޮށްފައިވާއިރު، މި ދެ މީހުންގެ ތެރެއިން ޢާއިޝަތުގެ ފަރާތުން، އޭނާގެ ފިރިމީހާ މުޙައްމަދުގެ ކިބައިން ވަރިވުމަށްއެދި ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު -835/Fm C/2023 ޤަޟިއްޔާއިންކަމަށް މި މައްސަލައިގެ ލިޔުންތަކުން ދައްކައެވެ. އަދި ޢާއިޝަތުގެ އެދުމުގެމަތިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު xxxxxx. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު xxxxxx. ވަރިކޮށްދިނުމަށ މުޙައްމަދް އެއްބަސްވެ، 23 މެއި 2023 ދުވަހު ޢާއިޝަތު ވަރިކޮށްދީފައިވަނީ މުޙައްމަދުއެވެ.
3އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަރިސާބިތުކުރިއިރު، މި ދެމީހުންގެ ކާވެންޏަށް 3 (ތިނެއް) ކުދިން ލިބިފައިވެއެވެ. އެގޮތުން، އެންމެ ދޮށީދަރިފުޅު (މީގެފަހުން "ކުއްޖާ-1-" ކަމަށްބުނެފައިވާ)ގެ އުމުރަކީ 7 (ހަތެއް) އަހަރެވެ. ދެވަނަ ދަރިފުޅު (މީގެފަހުން "ކުއްޖާ- 2-" ކަމަށްބުނެފައިވާ)ގެ އުމުރަކީ 5 (ފަހެއް) އަހަރެވެ. އަދި އެންމެ ހަގުކުއްޖާ (މީގެފަހުން "ކުއްޖާ-3-" ކަމަށްބުނެފައިވާ)ގެ އުމުރަކީ 3 އަހަރެ ވެ.
4ދިވެހިރާއްޖޭގެ ހައިކޯޓުގައި މިހާރު ކުރިއަށްގެންދާ މި ޤަޟިއްޔާއާ ގުޅުންހުރި ވަރީގެ މައްސަލައިގައި، ކުދިންގެ ބައްޕަ ކިބައިން ކުދިންގެ މަންމަ ވަރިވުމަށްއެދިފައިވަނީ، ފިރިމީހާގެ ފަރާތުން ލިބެންޖެހޭ ލޯތްބާއި އަޅާލުން ނުލިބި، ޢާއިލާއަށް ދޭންޖެހޭ ވަގުތު އެއްވެސްވަރަކަށް ނުދިނުމާއި، އެކަމުގެ ސަބަބުން ހިތްދަތިވެގެން ގޮތްހުސްވެ އަދި ޑިޕްރެޝަނަށްގޮސް، ދަރިންގެ ކަންކަމަށް އަސަރުފޯރަން ފަށާފައިވމުންކަމަށް ފެމިލީ ކޯޓުގެ ނަންބަރު 835/Fm-C/2023 ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
5މި ދެމީހުންގެ ކާވެންޏަށް ލިބިފައިވާ 3 (ތިނެއް) ކުދިންގެ ޚަރަދު ކޯޓުމެދުވެރިކޮށް ބޭނުންވާކަމަށް ބުނެފައިވާތީ، އެކުދިންގެ ޚަރަދުގެގޮތުގައ ކަނޑައެޅި މިންވަރު ފެމިލީ ކޯޓަށް ދެއްކުމަށާއި، ކުދިންގެ އަންނައުނާއި ކިޔެވުމުގެ ޚަރަދާއި، ބަލިވެއްޖެނަމަ ބޭސްފަރުވާ ކުރުމުގެ ޚަރަދުވެސް ދޭންޖެހޭކަމަށް މުޙައްމަދުއަށ އަންގައި، ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށ ދެމީހުންނަށް ނަޞީޙަތްތެރިވެ، އެ މައްސަލައިގައި ޙުކުމް ކޮށްފައިވެއެވެ. އަދި 2023 ވަނަ އަހަރު މި ދެމީހުން ވަރިވުމަށްފަހު، މި ދެމީހުންގެ ކާވެންޏަށް ލިބުނު 3 (ތިނެއް) ކުދިން ދިރިއުޅެމުން ގޮސްފައިވަނީ ޢާއިޝަތު ގާތުގައެވެ.
6އެއަށްފަހު، ކުއްޖާ-1- ބަލިވުމ ގުޅިގެނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު، 18 މެއި 2025 ދުވަހުން ފެށިގެން ކުއްޖާ-2- އަދި ކުއްޖާ-3- ބައްޕަފަރާތު މާމަގާތުގައ ބަހައްޓާފައި ވާކަމުގައިވާއިރު، 23 މެއި 2025 ދުވަހުން ފެށިގެން ކުއްޖާ -1- ބައްޕަފަރާތު މާމަގާތުގައި ހުރި ކަމަށް ލިޔުންތަކުން ދައްކައެވެ.
7ބުނެވިދިޔަ ގޮތުގެމަތިން ކަންހިނގުމާ ގުޅިގެން، ކުއްޖާ -2- އާއި ކުއްޖާ-3- ގެ ޙަޟާނަތު ހޯދުމަށްއެދި ޢާއިޝަތުގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ ބަލަމުން ގެންދަނީ އެ ކޯޓުގެ ނަންބަރު -878/Fm C/2025 ޤަޟިއްޔާއިންނެވެ. އަދި ކުއްޖާ-1- އިޚްތިޔާރުކުރާ ފަރާތެއް ކަނޑައެޅުމުގެ މައްސަލަ ބަލަމުންދަނީ ފެމިލީ ކޯޓުގެ ނަންބަރު 879/Fm-C/2025 ޤަޟިއްޔާއިންނެވެ. މި ދެ މައްސަލައަކީވެސް ފެމިލީ ކޯޓުގައި މިހާރުވެސް ކުރިއަށްދާ ދެ މައްސަލައެވެ.
8ފެމިލީ ކޯޓުގެ ނަންބަރު 879/Fm-C/2025 ޤަޟިއްޔާގައި ފައިސަލާ ކުރެވެންދެން، ކުއްޖާ-1- ކުއްޖާގެ މަންމައާ ޙަވާލުކުރުމަށްއެދި ޢާއިޝަތުގެ ފަރާތުން ވަގުތީ އަމުރަކަށްއެދި ހުށަހެޅުމުން، ފެމިލީ ކޯޓުގެ ނަންބަރު 5B8/2025/1 "ވަގުތީ އަމުރު" (07 ޖޫން 2025) ގައި، ކުއްޖާ-1- އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް (މީގެފަހުން "މިނިސްޓްރީ"ކަމަށް ބުނެފައިވާ)އ ދެމެދާ ވާހަކަ ދެކެވުމުން، ކުއްޖާ-1- މަންމައާއެކު ދިރިއުޅެމުން ދިޔައިރު މަންމަގެ ފަރާތުން ޖިސްމާނީ އަނިޔާ ލިބިފައިވާކަމަށާއި، މަންމައާއެކު އުޅެން ބޭނުންނުވާކަމަށާއި، ބައްޕަ ގާތުގައި ދިރިއުޅެން ބޭނުންވާކަމަށް ކުއްޖާ-1- ބުނެފައިވާކަން، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ނަންބަރު CFPS/146/2025/14-482 (05 ޖޫން 2025) ސިޓީއިން އެނގެން އޮންނާތީއާއި، ގަވާއިދު ނަންބަރު 102-2022/R "ފެމިލީ ކޯޓުގެ ޢާއިލީ އިޖުރާއަތުގެ ގަވާއިދު" ގެ 75 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާފަދަ ސަބަބެއް މެދުވެރިވެފައިވާކަމަށް ޝަރީޢަތަށް މިހިނދަށް އެނގެން ނެތަތީ، ޢާއިޝަތު އެދިފައިވާފަދަ އަމުރެއް މިހިނދަށް ނެރޭނެތަނެއް ނެތްކަމަށް ކަނޑައަޅައި، ކުއްޖާ-1- އާއި މަންމައާ އެއްގޮތަކަށްވެސް ބައްދަލުނުވާތީ، ކުއްޖާ ދިރިއުޅޭ މާހައުލު ނުވަތަ ކުއްޖާ ރުހޭނަމަ، އެހެންމާހައުލެއްގައި ބައްދަލުކުރުމުގެ ފުރުޞަތު ދިނުމަށާއި، ކުއްޖާގެ މަންމަ އެދޭޙާލަތުގައި، މަންމައާ އެކަހެރިކޮށް ބައްދަލުކުރަން ކުއްޖާ އިންކާރުކުރާނަމަ، ކުއްޖާގެ ބައްޕަ ނުވަތަ ބައްޕަ ކަނޑައަޅާ ފަރާތެއްގެ ޙާޟިރުގައި، ކޮންމެދުވަހަކު މަދުވެގެން 1 (އެކެއް) ގޑިއިރަ ދިނުމަށް މުޙައްމަދުއަށް އަންގައި އަމުރުކޮށްފައިވެއެވެ.
9ފެމިލީ ކޯޓުގެ ނަންބަރު 878/Fm-C/2025 ޤަޟިއްޔާގައި ފައިސަލާ ކުރެވެންދެން، ކުއްޖާ-2- އަދި ކުއްޖާ-3- ޢާއިޝަތުއާ ޙަވާލުކޮށްދިނުމުގެ ވަގުތީ އަމުރަކަށްއެދ އިސްތިއުނާފި ރައްދުވު ފަރާތުން ހުށަހެޅުމާ ގުޅިގެން، ބުނެވިދިޔަ ޤަޟިއްޔާގައި ފައިސަލާކުރަނިވި ޙުކުމެއް ކުރަންދެން ނުވަތަ ޝަރުޢީ ކޯޓަކުން އެހެންގޮތަކަށް އަންގަންދެން، 07 ޖޫން 2025 ދުވަހުގެ 13:45 އިން ފެށިގެން 5 (ފަހެއް) ގަޑިއިރުގެ ތެރޭގައި، ކުއްޖާ-2- އަދި ކުއްޖާ-3- ޢާއިޝަތުއާ ޙަވާލުކުރުމަށް، ފެމިލީ ކޯޓުގެ ނަންބަރު B8/2025/14 "ވަގުތީ އަމުރު" (07 ޖޫން 2025)އިން، މުޙައްމަދުއަށް އަންގއަ އަމުރި ކޮށްފައިވެއެވެ.
10މި މައްސަލައިގެ ލިޔުންތަކަށް ނަޒަރުކުރުމުން، ފެމިލީ ކޯޓުގެ "ވަގުތީ އަމުރު"ގައިވާ ގޮތުގެމަތިން، ކުއްޖާ- 3- ޙަވާލުކޮށްފައިވާކަމަށް ބެލެވޭއިރު، އެ އަމުރާ އެއްގޮތަށް ކުއްޖާ-2- ޢާއިޝަތުއާ ޙަވާލުކޮށްފައވާކަމަށި ނުބެލެވެއެވެ.
11ފެމިލީ ކޯޓުގެ "ވަގުތީ އަމުރު" 07 ޖޫން 2025 ދުވަހު ނެރުމަށްފަހު، އެ އަމުރު މުރާޖަޢކުރުމަށްއެދާ މުޙައްމަދުގެ ފަރާތުން 11 ޖޫން 2025 ދުވަހު ހުށަހަޅާފައިވާކަން ލިޔުންތަކުން ދައްކައެވެ. ބުނެވިދިޔަ ހުށަހެޅުމާ ގުޅުންހުރި ފެމިލީ ކޯޓުގެ ނަންބަރު 8/2025/21B "ވަގުތީ އަމުރު މުރާޖަޢާކުރުމާމެދު ނިންމިގޮތް" (29 ޖޫން 2025)އަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2025/HC-A/187 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައިގައި އިސްތިއުނާފު ކޮށްފައިވާ ނިންމުމެވެ.
12މި މައްސަލައިގެ ޚަޞްމުންނާ ގުޅޭގޮތުން ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ދެ ފަރާތުންބުނާ މައްސަލަތަކާއި، އެ މައްސަލަތަކުގެ ޙާލަތާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ 21 އޮކްޓޯބަރ 2025 ދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ ތެރެއިން، ފެމިލީ ކޯޓުގެ ނަންބަރު B8/2025/14 "ވަގުތީ އަމުރު" (07 ޖޫން 2025)އާއި އެ ކޯޓުގެ ނަންބަރު B8/2025/21 "ވަގުތީ އަމުރު މުރާޖަޢާކުރުމާމެދު ނިންމިގޮތް" (29 ޖޫން 2025) ނިންމުމަށްޓަކައި، އެ ކޯޓަށް ހުށަހާޅާފައިވާކަމަށް ލިޔުންތަކުން އެނގެންނެތް ލިޔުންތަކާއި ވާހަކަތަކަށް މި ނިންމުމުގައި ރިޢާޔަތްކޮށްފައި ނުވާނެއެވެ. ފެމިލީ ކޯޓުން ވަގުތީ އަމުރު މުރާޖަޢކުރުމާމެދާ ނިންމިގޮތް
13އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް، ފމިލެ ކޯޓުން ވަގުތީއަމުރު މުރާޖަޢކުރުމާމެދާ ނިންމާފައިވާގޮތް ތިރީގައި އެވަނީއެވެ. "އެހެންކަމުން، މި މަރުހަލާއަކ މަޢުޟޫޢީ ގޮތުން މައްސަލަ ނިންމުމުގައި ބަލަންޖެހޭ މިންވަރަށް، އެންމެ ފުންމިނަށް ކަންކަން ބަލައި، އެކަންކަން ވަޒަންކުރެވޭނެ މަރުހަލާ ނޫން ކަމުން، މިހާލަތުގައި ގޮތެއް ނިންމުމުގައި ރިޢާޔަތްކުރަންޖެހޭނީ، މިހިނދުގައި ފެންނަން ހުރި ކަންކަމުގެ މައްޗަށް ކަމުގައިވާތީ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ނަންބަރު: IRS/146/2025/15-482 (19 ޖޫން 2025) ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، މި ކޯޓުގެ ނަންބަރު: B8/2025/14 ވަގުތީ އަމުރުގައި ބަޔާންކުރާ ×××××××××، ފާޠިމަތު ××××××××××××××××× (އުފަންތާރީޚް: ××××××××××) މި ކުއްޖާގެ މަންމައާ ހަވާލުކުރުމަށް މި ކުއްޖާގެ ބައްޕަގެ މައްޗަށް އެންގި އެންގުން ނިމުމަކަށް ގެނެސްފައިވާކަމަށް ކަނޑައަޅައި، މަރްޔަމް ××××××××××××××އަށް މި ކުއްޖާގެ މަންމަ ޖިސްމާނީ އަނިޔާކުރާކަމަށް ތުހުމަތުކުރެވޭ ކަމުގެ އިޙުތިމާލު އޮތް ކަމަށް މި ކޯޓުގެ ނަންބަރު: B8/2025/14 ވަގުތީ އަމުރު މުރާޖަޢާކޮށްދިނުމަށް އެދޭ ފަރާތުން ފާހަގަކޮށްފައިވީނަމަވެސް، މަރްޔަމް ××××××××××××××އަށް މި ކުއްޖާގެ މަންމަގެ ފަރާތުން އަނިޔާވާފަދަ އެއްވެސްކަމެއް ކުރާކަމަށް ކުދިން ހިއްސާކޮށްފައިނުވާކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ނަންބަރު: IRS/146/2025/15-482 (19 ޖޫން 2025) ސިޓީން އަންގައިފައިވާތީ، މަރްޔަމް ××××××××××××××އަށް މި ކުއްޖާގެ މަންމަ ޢާއިޝަތު ×××××××××××ގެ ފަރާތުން އަނިޔާވާފަދަ އެއްވެސް ކަމެއް ހިނގާފައިވާކަން މިހިނދު ޝަރީޢަތަށް އެނގެން ނެތަތީ، މި ކޯޓުގެ ނަންބަރު: B8/2025/14 ވަގުތީ އަމުރުގައި ބަޔާންކުރާ، ×××××××××××××، މަރްޔަމް ××××××× ××××× (އުފަންތާރީޚް: ××××××××××) މި ކުއްޖާގެ މަންމަ ×××××××××××××، ޢާއިޝަތު ×××××××އާ ހަވާލުކުރުމަށް މި ކުއްޖާގެ ބައްޕަ ××××××××××××، މުޙައްމަދު ×××××××××××××އަށް އަންގާފައިވާ އަމުރު ދަމަހައްޓަންޖެހޭކަމަށް ކަނޑައަޅައި، ފާޠިމަތު ××××××××××××××× (އުފަންތާރީޚް: ×××××××××( ގެ ކިޔެވުމާއި، ދުޅަހެޔޮ ޞިއްޙަތާއި، ޒަރޫރީ އެންމެހާ ކަންކަމަށް ބުރުނާރާނޭ ގޮތުގެ މަތިން، މައިމީހާއާއި ދަރިފުޅާ ދެމެދު ގުޅުންބަދަހިކުރުމަށްޓަކައި، ކުއްޖާގެ މަންމަ އެދޭ ހާލަތުގައި، މިކުއްޖާގެ މަންމަ ×××××××××××، ޢއިޝަތާ ××××××××××އާ ފާޠިމަތު ××××××××××× ×××××އާ ބައްދަލުކޮށްދިނުމަށް، ކޮންމެ ދުވަހަކު 01 (އެކެއް) ގަޑިއިރަށް ކުއްޖާ ދިރިއުޅޭ މާހައުލ ނުވަތު ކުއްޖާ ރުހޭނަމަ، ކުއްޖާ ގޮވައިގެން އެހެން މާހައުލެއްގައި ބައްދަލުކުރުމުގެ ފުރުޞަތު ޢާއިޝަތު ××××××××އަށް ދިނުމަށާއި، ކުއްޖާގެ މަންމައާ އެކަހެރިކޮށް ބައްދަލުކުރަން ކުއްޖާ އިންކާރުކުރާނަމަ، ކުއްޖާގެ ބައްޕަ ނުވަތަ ބައްޕަ ކަނޑައަޅާ ފަރާތެއްގެ ޙާޟިރުގައި ކުއްޖާއާ ކުއްޖާގެ މަންމައާ ބައްދަލުކުރުމަށް ކުއްޖާ ދިރިއުޅޭ މާހައުލ ނުވަތު އެހެން މާހައުލެއްގައި ބައްދަލުކުރުމުގެ ފުރުޞަތު ކުއްޖާގެ މަންމަ ޢާއިޝަތު ××××××××އަށް ދިނުމަށް ކުއްޖާގެ ބައްޕަ ××××××××××××، މުޙައްމަދު ××××××××××××އަށް އަންގައި އަމުރުކޮށްފީމެވެ." އިސްތިއުނާފު ނުކުތާއާއި ދެކެވުނު ވާހަކާ
14ފެމިލީ ކޯޓނު ވަގުތީ އަމުރުގެ މުރޖަޢާގައާ ނިންމިގޮ ތަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއް ކަމަށްބުނެ، އިސްތިއުނާފުކުރާ ފަރާތުން 1 (އެކެއް) ނުކުތާ ހުށަހަޅާފައިވެއެވެ.
15އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ، ކުއްޖާ-3- ކުއްޖާގެ މަންމައާ ޙަވާލުކުރުމަށް ކުއްޖާގެ ބައްޕައަށް އަންގާ ފައިވާ އަމުރު ދަމަހައްޓަންޖެހޭކަމަށް ކަނޑައަޅާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހެކިތަކަށް ރިޢާޔަތްކުރުމެއްނެތި، އަދި ކުއްޖާ-1- އާއި ކުއްޖާ-2-އަށް ކުދިންގެ މަންމަ ޖިސްމާނީ އަނިޔާ ކޮށްފައިވާކަމަށް މިނިސްޓްރީން ދީފައިވާ މަޢުލޫމާތަށް ރިޢާޔަތްކުރުމެއްނެތި، އަދި އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތަށް ހުށަހެޅި އެފިޑެވިޓުތަކަށް ރިޢާޔަތްކުރުމެއްނެތި، އަދި މި ތިންކުދިންނަކީ ކުޑައިރުއްސުރެ އެކީގައި އުޅެމުންދިޔަކުދިން ކަމުގައވުމަށް ރިޢާޔަތި ކުރުމެއްނެތި، އަދި ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތރިކުރެމގު ޤާނޫނު)ގެ 8 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަން އުނިކުރެވިފައި ވ. ނަން އުނިކުރެވިފައި (2023/HC-A/112( (މީގެފަހުން "2023/HC-A/112 މައްސަލަ" ކަމަށްބުނެފައިވާ) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށެވެ.
16މި މައްސަލައިގެ އިސްތިއުނާފު ފޯމުގައިވާ ނުކުތާގެ ތަފު ސީލާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
17މި މައްސަލައިގައި ކަންހިނގާފައިވާގޮތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭގޮތް އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އިސްތިއުނާފު ކޮށްފައިވާ "ވަގުތީ އަމުރުގެ މުރާޖަޢާ" ބިނާވެފައިވަނީ، ކުއްޖާ- 2-އާއި މިނިސްޓްރީއާ ދެކެވުނު ވާހަކައިގައި، ކުއްޖާއަށް ކުއްޖާގެ މަންމަ އަދަބުދޭތީ މަންމަ ގާތަށްދާން ކުއްޖާ ބޭނުންނުވާކަމަށް ބުނުމާއި، މނިސްޓްރީގި 19 ޖޫން 2025 ތާރީޚުގެ ނަންބަރު -482 IRS/146/2025/15 ސިޓީގައި، ކުއްޖާ-3-އަށް ކުއްޖާގެ މަންމަގެ ފަރާތުން އަނިޔާވާފަދަ އެއްވެސްކަމެއް ކުރާކަމަށް ޙިއްޞާކޮށްފައިނުވާތީ، ޢާއިޝަތުގެ ފރާތުނަ ކުއްޖާއަށް އނިޔާވާފަދަ އެއްވެސްކަމެއް ހިނގާފައިވާކަން މިހިނދުގައި ޝަރީޢަތަށް އެނގެން ނެތްކަމަށް ބިނާކޮށްކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ޗެލެންޖުކުރަނީ ކުއްޖާ-3- ކުއްޖާގެ މަންމަގެ ގާތުގައިހުރުނ ދެމެހެއްޓުމަށް ކަނޑައެޅި ނިންމުމަށްކަމަށް ބުނެފައިވެއެވެ.
18އިސްތިއުނާފުކުރާ ފަރާތުގެ ޤާނޫނީ ބަހުސަކީ، ކުއްޖާ -3- ކުއްޖާގެ މަންމަގާތުގައި ހުރުން ދެމެހެއްޓުމަށް ނިންމާފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ފެމިލީ ކޯޓުގެ "ވަގުތީ އަމުރު" މުރާޖަޢާ ކުރުމަށް ހުށަހެޅި މީގެފަހުން "ކުޑަކުދިންގެ ޙައްޤުތަކުގެ ޤާނޫނު"ކަމަށް ބުނެފައިވާ . މީގެފަހުން "ފަނޑިޔާރުންގެ ޤާނޫނު"ކަމަށް ބުނެފައިވާ . ހެކިތަކަށާއި، ކުއްޖާ -1- އަދި ކުއްޖާ-2-އަށް ކުދިންގެ މަންމަ ޖިސްމާނީ އަނިޔާކޮށްފައިވާކަމަށް މިނިސްޓްރީއިން ދީފައިވާ މަޢުލޫމާތަށާއި، ތިންކުދިންނަކީ އެކުގައި ދިރިއުޅެމުން އައިސްފައިވާ ކުދިންކަމަށް ރިޢާޔަތް ކުރުމެއްނެތިކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުމަށް ބާރުލިބިދޭ އެފިޑވިޓްތަކާއެ އިލެކްޓްރޯނިކް އެވިޑެންސް ހުށަހަޅާފައިވާކަމަށެވެ. އަދި އެ ނިންމެވުމަށް ވާސިލުވެފައިވަނީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގައި ހެއްކަށް ރިޢާޔަތް ކުރުމަށް ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލާއި، ކުޑަކުދިންގެ ޙައްޤުތަކުގެ ޤާނުނުގެ 8 ވަނަ މާއްދާއާއި، 2023/HC-A/112 މައްސަލައިގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށެވެ.
19މި މައްސަލައިގައިހިމެނޭ ތިންކުދިންގެ ތެރެއިން، ކުއްޖާ-1- މަންމައާ ޙަވާލުކުރެވެން ނެތްކަމަށް ކަނޑައަޅާފައިވަނީ ކުއްޖާ-1- މަންމައާއެކު ދިރިއުޅުމުގެ ތެރޭގައި ކުއްޖާއަށް ޖިސްމާނީ އަނިޔާ ލިބިފައިވާތީ، މަންމައާއެކު ކުއްޖާ-1- އުޅެން ބޭނުންނުވާކަމަށް ބުނެފައިވާތީކަމަށެވެ. އަދި ފެމިލީ ކޯޓުގެ "ވަގުތީ އަމުރގު މުރާޖަޢާ"ގައި، ކުއްޖާ-2- މަންމައާ ޙަވާލުކުރުމަށް ކުރިންކުރ އަމުރި ނިމުމަކަށް ގެނ ސްފައިވަނީ، ކުއްޖާގެ މަންމަ ކުއްޖާއަށް އަދަބުދޭތީ ކުއްޖާގެ މަންމައާއެކުދާނ ބޭނުންނުވާކަމަށް ބުނެފައިވުމުގެ މައްޗަށްކަމަށެވެ. އެހެންކަމުން، ކުއްޖާ-1- އަދި ކުއްޖާ-2- މަންމައާ ޙަވާލު ނުކުރުމަށް ނިންމާފައިވަނީ މަންމަގެ ކިބައިން ޖިސްމާނީ އަނިޔާ ނުވަތަ އަދަބުދޭތީ މަންމަ ގާތަށްދިޔުމަށް ކުދިން ބޭނުންނުވުމުގެ މައްޗަށްކަން އެނގޭކަމަށެވެ.
20އެހެންނަމަވެސް، ކުއްޖާ -1- އަދި ކުއްޖާ-2- މަންމައާ ޙަވަ ލާނކު ރުމުގެ ސަބަބުތައ އެގޮތުގެމަތިން އޮތްއިރު، ކުއްޖާ-3- ކުއްޖާގެ މަންމައާއެކުގައި ދެމިހުރުމަށް ފެމިލީ ކޯޓުން ނިންމެވުން ބިނާވެފައިވަނީ، ކުއްޖާ-1- އަދި ކުއްޖާ-2- ދައްކާފައިވާފަދަ ވާހަކައެއް ކުއްޖާ-3- ގެ ފަރާތުން ޙިއްޞާކޮށްފައި ނެތުމުގެ މައްޗަށްކަމަށެވެ.
21ވަގުތީ އަމުރާމެދު ގޮތްނިންމަންޖެހެނީ ޕްރައިމާ ފޭޝީ މިންގަނޑުން ބަލައި، ވަޒަންކޮށްގެން ކަމަށްވާއިރު، ތިންކުދިންގެ ތެރެއިން ދެކުދިންނަށް މަންމަ އަނިޔާކުރާތީ މަންމަ ގާތަށްދާން ބޭނުންނުވާކަމަށް ބުނެފައިވާއިރު، ތިންވަނަ ކުއްޖާއަށް އެފަދަ ޙާލަތެއް ޕްރައިމާ ފޭޝީ މިންގަނޑުން އޮތްކަމަށް ބަލަންޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ. އަދި ކުއްޖާ-3-ގެ ފަރާތުން، އެ ކުއްޖާއަށް އަނިޔާކުރި ވާހަކާ މިނިސްޓްރީއާ ޙިއްޞާކޮށްފައި އޮތުން ލާޒިމުކަމަށް އިސްތިއުނާފުކުރާ ފަރާތުން ނުދެކޭކަމަށެވެ.
22އިސްތިއުނާފުކުރާ ފަރާތުން ފެމިލީ ކޯޓުގެ "ވަގުތީ އަމުރު" މުރާޖަޢާ ކޮށްދިނުމަށްއެދި ހުށަހެޅުމާއެކު ހިމަނާފައިވާ އެފިޑެވިޓްއާއި އިލެކްޓްރޯނިކް އެވިޑެ ންސްގެ ތަފުޞީލުތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ތިންކުދިންގެ ގައިގައިވެސް މަންމަގެ ބުރުގަލުން ތަޅާކަމަށާއި، އަދަބުގެ ގޮތުގައި ކޮޓަރިއާއި ކޮޓަރިން ބޭރުގައި ތަޅުލާކަމަށާއި، މަންމަ އައުމުން ކުދިން ދާންބޭނުންނުވާކަމަށް ކުދިންގެ ބައްޕަފަރާތު މާމައާއި ދޮންމަންމަގާތުގައި ދައްކާފައިވާ ވާހަކަތައް އެފިޑެ ވިޓުގައި ހިމެނޭކަމަށެވެ. ތިންކުދިންވެސް މަންމައާއެކުދާން ބޭނުންނުވާކަމަށާއި، ކުއްޖާ-2- މަންމައާއެކު ދިޔުމަށް ވަކިން ބިރުގަންނަކަމަށެވެ. އަދި ކުޅެން އުޅުމުގެ ތެރޭގައި ކުއްޖާ-2-އާ ދިމާލަށް "ތިހެން އުޅެންނާ މަންމި ޕަނިޝްކުރާނެ"ކަމަށް ކުއްޖާ-1- ވަރަށް ގިނަފަހަރު ބުނާއަޑު އިވިފައިވާކަމަށް އެފޑެވިޓްތަކުނ އެނގޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
23ދިވެހިރާއްޖޭގެ ހައިކޯޓުގެ އަރާކިސް ޕްރައިވެޓް ލިމިޓެޑް ވ. އިބްރާހީމް ޢަލީ (2023/HC-A/69) (މީގެފަހުން "އަރާކިސް މައްސަލަ"ކަމަށްބުނެފައިވާ) ޤަޟިއްޔާގައި، ވަގުތީ އަމުރާމެދު ގޮތްނިންމުމުގައި، ހެކިތަކަށް ރިޢާޔަތްކުރަންޖެހޭނީ މައުޟޫޢީގޮތުން ނުވަތަ ފައިސަލާ ކުރުމުގައިބަލާ މިންވަރަށް ނޫންކަމަށާއި، އެފިޑެވިޓްތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް މަތިމަތިން ބެލުމުން، ކުއްޖާ-1- އަދި ކުއްޖާ-2-އަށް މަންމަ އަނިޔާކުރާވާހަކަ މިނިސްޓްރީއަށް ކިޔައިދީފައިވުމަށް ރިޢާޔަތްކުރުމުން، ކުއްޖާ- 3-އަށްވެސް މަންމަ އަނިޔާކުރުމުގެ ޙާލަތުއޮތްކަމަށް ޕްރައިމާ ފޭޝީ މިންގަނޑުން އެނގޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.
24މީގެއިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަން އުނިކުރެވިފައި ވ. ނަން އުނިކުރެވިފައި (-2022/HC A/353) ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 30 ވަނަ ނަންބަރުގައި، މިފަދަ ވަގުތީ އަމުރުތަކުގައި ޢަދުލުވެރިކަން ޤާއިމުކުރުމުގައި، ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި އެ މައްސަލަ ނިމުމުގެކުރިން، ވަކިމީހަކާ ކުދިން ޙަވާލުކުރުމަށް އަމުރުކުރުމުގައި ބަލަންޖެހޭނީ، އެ މައްސަލައެއްގައި ހިމެނޭ ޚަޞްމުންގެ މައްޗަށް ޢަދުލުވެރި އިންޞާފުވެރިވުމުގ ގޮތުނެ ނޫންކަމަށާއި، އެކަން ކުރަންޖެހޭނީ ކުޑަކުދިންގެ މަސްލަޙަތާއި ޙައްޤާއި އަދި އެ ކުދިންނަށް ޢަދުލުވެރި ގޮތެއްގެ މަތިން ކަމުގައި ކަނޑައަޅާފައި ވާކަމަށެވެ.
25ކުޑަކުދިންގެ ޙައްޤުތަކުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ)ގައި، މަޞްލަޙަތަށް އިސްކަންދިނުމުގައި ކޮންމެ ކުއްޖަކާ ގުޅޭގޮތުންވެސް ގޮތެއްނިންމަންވާނީ، އެކުއްޖަކުހުރ ޙާލަތަށާއި ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، ކޮންމެ ކުއްޖެއްގެ މައްސަލަ ވަކި ންކަމާއި، އެގޮތުން އެއްވެސް ފަރާތަކުން ވަކިކަމަކާ ގުޅޭގޮތުން ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާހުރިގޮތް ކަނޑައަޅަންޖެހިއްޖެ ޙާލަތެއްގައި، އެކަންކަނޑައަޅަންވާނީ އެ މާއްދާގައި ބަޔާންކޮށްފައިވާ ޢާއްމު މިންގަނޑުތަކަށް ރިޢާޔަތް ކުރުމަށްފަހުގައިކަމަށް ބަޔާންކޮށްފައި ވާކަމަށެވެ.
26ބުނެވިދިޔަ އުޞޫލުތައް މި މައްސަލައަށް ތަޠްބީޤުކުރާއިރު، 3 (ތިނެއް) ކުދިންނަށް މަންމަ އަނިޔާކުރާކަން ހެކިތަކުން އެނގެން އޮތްއިރު، އަދި ދޮށީދެކުދިންގެ ނިންމުމުގައި ޝަރީޢަތުން އެކަމަށް ރިޢާޔަތްވެސް ކޮށްފައިވާއިރު، ކުއްޖާ-3- މަންމައާ ޙަވާލުކުރުނަ ދަމހަ އްޓަންޖެހޭނެކަމަށ ޝަރީޢަތުން ކަނޑައެޅުމުގައަ ކުއްޖާގެ މަޞްލަޙަތަށާއި ވަށައިގެންވާ އެންމެހއަ ކަންކަމަށް، ކުޑަކުދިންގެ ޙައްޤުތަކުގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލުން ރިޢާޔަތްކޮށްފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ. ކުއްޖާ-3- މަންމައާއެކު ދިރިއުޅުނުއިރު، އަދި އެ މާހައުލުން އަނިޔާތައ ކުދިންނަށް ލިބިފައިވާކަން ޕްރައިމާ ފޝޭ މިންގަނޑުން އެނގެންއޮތްއިރު، އެ މީހާ އުލަށް ކުއްޖާ-3- ފޮނުވުމަކީ ކުއްޖާގެ އެންމެމަތީ މަޞްލަޙަތު ޙިމާޔަތކުރުން ނޫންކަމަށާއި، އެއީ އ ކުއްޖާގެ މަޞްލަޙަތާއި ދެކޮޅަށް ކުރެވޭކަމެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.
27މައްސަލައިގެ އަޑުއެހުމުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
1.27. އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވާ މިނިސްޓްރީގެ ސިޓީއިން ދޭހަކޮށްދެނީ ކޮންކަމެއްތޯއާއި، ހުށަހަޅާފައިވާ ވާޤިޢާއަށް އެ ސިޓީއިން ބާރުދެނީ ކޮންކަމަކަށްތޯ ޝަރީޢަތުން ސުވާލުކުރުމުން، ސިޓީއިން ބާރުދެނީ މަންމަގެ ފަރާތުން ކުދިންނަށް ޖިސްމާނީ އަނިޔާ ލިބމުންދާކަމުގެ މައްޗަށްކަމަށާއި، އަދި އޭގެ އިތުރަށް، ކުދިން މަންމަ ގާތުގައި އުޅުމަށް ބޭނުންނުވާކަ މުގެ މައްޗަށްކަމަށް ޖަވާބުދީފައިވެއެވެ. ޖަވާބާ ގުޅުވައި، ކުދިން ދިރިއުޅޭ މާހައުލަށް ޒިޔާރަތް ކޮށްފައިވާކަމަށާއި، އެއީ ކުދިން ބުނާބުނުމއެގ ގޮތުގައެ އެ ސިޓީގައި ބަޔާނކޮށްފައް އޮންނަކަމަށްތޯ ޝަރީޢަތުން އިތުރަށް ސުވާލު ކުރުމުން، އެ ސިޓީގެ ދެވަނަ ޞަފުޙާގައި، ކުއްޖާ- 1 އަދި ކުއްޖާ-2-އާއެކު 11 ޖޫން 2025 ދުވަހު އެ ސރވާ ސްގ ސެޝަނެއް ނަގާފައިވާކަމަށާއި، އެ ދެ ކުދިން މަންމަ ގާތަށްދާން ބޭނުންނުވާކަމަށާއި، އެއީ މަންމަ އަދަބުދޭތީކަމަށް ބަޔާންކޮށްފައިވާކަމަށާއި، ދަށުކޯޓުގައިވެސް ކުދިންނަށް ޕަނިޝްމަންޓްދޭ ވާހަކާ ދައްކާފައިވާކަމަށާއި، ބޭރަށްލައި ދޮރުތަޅުލުމަކީ އެ ޢުމުރުގެ ކުދިންނަށް ދިނުމަށް އެކަށީގެންވާ ޕަނިޝްމަންޓެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ނުދެކޭކަމަށް ބުނެފައިވެއެވެ.
2.27. ކުދިންނަށް އަނިޔާ ވާވަރުގެކަމެއ ކުރެވިފައިވާކަމަށް މިނިސްޓްރީއިން ނުވަތަ ރަސްމީ އެއްވެސް ފަރާތަކުން ފާހަގަކޮށްފައިވޭތޯ ޝަރީޢަތުން ސުވާލުކުރުމުން، ކުދިންނަށް އަނިޔާލިބޭ ކަމަށާއި މަންމަ ގާތަށްދާނ ބޭނުންނުވާކަމަށް ކުދިން ބަޔާންކޮށްފައިވާތީ، ކުދިން މަންމައާ ޙަވާލުނުކުރުމަށް މިނިސްޓްރީއިން އިރުޝާދު ދެއްވާފައިވާކަމަށާއި، ވަކިއަނިޔާއެއ ނުވަތް ހާނއީކައެއްގެ ވާހަކައެއް ނެތްކަމަށާއި، ކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް އަނިޔާކުރާކަމަށް ކުދިން ބަޔާންކޮށްފައިވާކަމަށް ޖަވާބުދީފައިވެއެވެ.
3.27. ކުދިން ތަރުބިއްޔަތު ކުރުމުގައި ކުދިންނުރުހޭ ބައިވަރު ކަންކަން ކުރަންޖެހޭކަމަށާއި، ކުދިންނަށް މަންމައެއ ނުވަތް ބައްޕައެއްގެ ފަރާތުން ނަފްސާނީ ނުވަތަ ޖިސްމާނީގޮތުން އަނިޔާވާފަދަ ކަމެއްކުރާކަން ފާހަގަވާގޮތަކީ ކޮބައިތޯއާއި، އެއްވެސް ރަސްމީ އިދާރާއަކުން އެ ކަމެއް ތަހުޤީޤުކޮށް ބަލައި، މަންމައެއ ނުވަތް ބައްޕައެއްގެ ފަރާތުން، ނުވަތަ ކުއްޖާއުޅޭ މާހައުލުން ކުއްޖާއަށް އަނިޔާވެއްޖެކަމަށ ނުވަތް ޢަމަލުކުރީ ގޯސްކޮށްކަމަށް ބަޔާންކޮށް، އެކަމުގެ ފަންނުވެރިން ބަޔާންކޮށްފައިވާ އެއްވެސް ލިޔުމެއް، އެއްޗެއް އޮތްތޯ ޝަރީޢަތުން ސުވާލުކުރުމުން، އެންމެ ރަނގަޅަށް އެނގޭނީ މިނިސްޓްރީއިންހަދާ އެސެސްމަންޓު ރިޕޯޓުނކަމަށާއި، ވަގުތީ އަމުރުގެ މަރުޙަލާގައިވެސް ވަގުތީ އެސެސްމަންޓެއް ހަދާފައިވކަމަށާއާ، ޙަވާލާދޭ ސިޓީއަކީ އެއީކަމަށާއި، މިނިސްޓްރީގެ ފައިންޑިންގއަކީ ކުދިންގެ މަންމަގެ ފަރާތުން ޖިސްމާނީ އަނިޔާ ލިބޭކަމަށާއި، ކުދިން މަންމަގާތު އުޅެންބޭނުން ނވާކަންކަމަށް ޖަވާބުދީފައިވެއެވެ.
4.27. ބުނެވިދިޔަ ޖަވާބާގުޅިގެނ މިނިސްޓްރީއަށް ބުރަވެވޭގޮތަކީ ކޮބައިތޯ ޝަރީޢަތުން ސުވާލުކުރުމުން، މިނިސްޓްރީއަށް ބުރަވެވެނީ މަންމަގާތުގައި ކުދިން ތިބުމުގެ މަޞްލަޙަތު ނެތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އެފަދައިން ބަޔާންކޮށްފައއޮތި ކޮންރިޕޯޓއެ ނުވަތަ ލިޔުމެއްގއަ ތ ޝަރީޢަތުން އިތުރަށް ސާފުކުރުމުން، ފެމިލީ ކޯޓުގެ ދެ ނިންމެވުމުންވެސް އެކަން ސާފުވާކަމަށާއި، ބޮޑު ކުއްޖާއާ ގުޅިގެން ނެރެފައިވާ ވަގުތީ އަމުރުގައިވެސް މިނިސްޓްރީގެ ސިޓީގައި އަނިޔާ ލިބެމުންދާކަމަށާއި ކުއްޖާ ދާންބޭނުނ ނުވާކަމަށް ބަޔާންކޮށްފައިވާތީ، ކުދިން މަންމައާ ޙަވާލުކުރެވެން ނެތްކަމަށް ނިންމާފައިވާކަމަށާއި، ދެވަނަ ކުއްޖާއާ ގުޅިގެންވެސް ހެކިތަކާއެކު ހުށަހެޅުމުން، އަނިޔާ ލިބޭކަމަށް ކޯޓުން ކަނޑައަޅުއްވާފައިވާތީ، އެއީ އެސްޓެބްލިޝވެފައިވް ފެކްޓެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށާއި، ހަމައެކަނި ތަފާތަކީ، ތިންވަނަ ކުއްޖާއަށް އަނިޔާ ކުރާކަން އެނގެން ނެތްކަމަށް ފަނޑިޔާރު ބަޔާންކުރުންކަމަށް ޖަވާބު ދީފައިވެއެވެ.
5.27. ޖިސްމާނީ ކޮންއަނިޔާއެއްތޯ ކުރަނީ ޝަރީޢަތުން ސުވާލުކުރުމުން، ޖިސްމާނީ އަނިޔާކުރާ ކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތަކީ، މޫނުބުރުގާއަޅާ ފަރާތެއްކަމަށާއި، މޫނުބުރުގގާ ފޮތިކޮޅުން ތަޅާވާހަކަ ކުދިން ބުނާކަމަށާއި، ސީދާ ބުރުގަލުން ތަޅާކަމަށ ކުދިން ބަޔާންކުރާކަމަށް އިސްތިއުނާފުކުރާ ފަރާތުން ޖަވާބުދީފައިވެއެވެ. އެ ޖަވާބާ ގުޅިގެން، އެފިޑވިޓެތަކުގައި އެ ވާހަކަ ހުރިނަމަވެސް ކަމާބެހޭ މިނިސްޓްރީގެ ފައިންޑިންގސްގައި، އެކަން ބަޔާންކޮށްފައިވޭތޯ ޝަރީޢަތުން ސުވާލުކުރުމުން، އަނިޔާ ލިބޭކަމަށް މިނިސްޓްރީގެ ސިޓީގައި ބަޔާންކުރަނީ ކުއްޖާ ބުނާބުނުމެއްގެ ގޮތުގައިކަމަށާއި، މައުޟޫޢީ މައްސަލަ ނިމޭއިރު ފުލް އެސެސްމަންޓެއްހެދި، އޭގެނަތީޖާ އެނގިގެންދާނެކަމަށާއި، ކުދިން ވަގުތީގޮތުން ޙަވާލުކުރުމުގެ ކުރިން ހަދާފައިވާ ވަގުތީ އެސެސްމަންޓެއްގެ ނަތީޖާއެއްގެގޮތުނ ބަޔާންކޮށްފައިވް ކަންތައްތަކެއް ސިޓީގައި ބަޔާންކޮށްފައި އޮތްކަމަށާއި، ފަހުން ކުދިން ކިޔައިދީފައިވާ ވާހަކަތައް ބަޔާންކޮށް ހުށަހަޅާފައިވާ އެފިޑެވިޓުތަކާއި ވީޑިއޯ ކުލިޕުތަކުން އެ ސިޓީއަށް ބާރުދޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
6.27. ކުދިންނާ ސުވާލުކޮށްފައިވަނީ ކުދިންގެ ބައްޕަގާތަށ ކުދިން ދިޔަފަހުންތޯ ނުވަތަ މަންމަގާތު ކުދިން އުޅުނު އިރުތޯއާއި، މަންމަގާތ އުޅުނުއިރު އަނިޔާގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވޭތޯ ޝަރީޢަތުން ސުވާލުކުރުމުން، ބައްޕަގާތު އުޅެމުންދަނިކޮށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ޖަވާބު ދީފައިވެއެވެ. އަދި މަންމަގާތު އުޅެމުންދަނިކޮށްވެސް އެ މީހާ އުލަށް ޒަ ޔިރަތްކުރިކަމަށާއި، މިހާރު ކުދިން ކިޔައިދީފައިވަނީ، މަންމަ ގާތު އުޅުނު މުއްދަތުގައި ކަންތައްކޮށްފައިވާ ގޮތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
7.27. މަންމަ ގާތުގައި އުޅުނުއިރު ވެފައިވާކަމަށް ކުދިން ކިޔއަ ދީފައިވާ ކަންތައްތަކަކީ، ބައްޕަގާތަށް ކުދިން ބަދަލުކުރިފަހުން، ކުދިންނާ އިންޓަވިއު ކޮށްގެން ކިޔާދީފައިވާ ވާހަކަތަކެއްތޯ ޝަރީޢަތުން ސުވާލުކުރުމުން، ބައްޕަގާތު އުޅެންފެށިފަހުން ކިޔައިދީފައިވާ ވާހަކަތަކެއް ކަމަށާއި، މިކަންކަން ކުދިން ކިޔައިދީފައިވަނީ ބައްޕަގާތު ދިރިއުޅެންފެށިތާ ގާތްގަނޑަކަށް ހަފތާއެއް ފަހުންކަމަށާއި، އެހިސާބުން ރިޕޯޓުކުރީކަމަށާއި، މިއީ މިނިސްޓްރީއިން ކުދިން ވަކިންއެކަހެރިކޮށް ގެންގޮސްގެން، އެކުދިން ކިޔައިދީފައިވާ ވާހަކަތަކެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
8.27. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ -(2022/SC A/51) (މީގެފަހުން "އޚމ މައްސަލަ"ކަމަށް ބުނެފައިވާ) ގަޟިއްޔާގެ 15 ވަނަ ނުކުތާއަށް ރިޢާޔަތްކުރައްވައި، ފަނޑިޔާރުގެ އިޚްތިޔާރު ބޭނުންފުޅު ކުރެއްވުމުގައި ހައްދަވާފައިވާ ގޯހަކީ ކޮބައިކަމާއި، އެ އިޚްތިޔާރުގެ ތެރެއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ވަންނަންޖެހޭ ސަބަބު ބަޔާންކޮށްދިނުމަށް ޝަރީޢަތުން އެދުމުން، ފަނޑިޔާރުގެ އިޚްތިޔާރު ބޭނުންކުރެއްވުމުގައި ކުއްޖާގެ މަޞްލަޙަތަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށާއި، އެ މައްސަލައިގެ 15 ވަނަ ނުކުތާގެ (ނ)ގައި ބަޔާންކޮށްފައިވާ، މައިގަނޑު ވާޤިޢާއަކަށް ނުވަތަ ކަމަކަށް ރިޢާޔަތް ކޮށްފައިނެތމުގެ ޙާލަތު މި މައްސަލައިގައި އޮތްކަމަށާއި، އެގޮތުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އެފިޑެވިޓތަކާއި، ވަށައިގެންވާ ކަންކަމަށް ފަނޑިޔާރު ރިޢާޔަތް ކުރައްވާފައި ނުވާކަމަށާއި، އަދި އެކަންކަމުގެ ސަބަބުން އެ ނުކުތާގެ (ރ)ގައި ބަޔާންކުރާ، ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރިގޮތުގެ ސަބަބުން އެކަށީގެންނުވާކަމެއ ނުވަތް ބޭއިންސާފެއް މެދުވެރިވެފައިއޮތު މުގެ ޙާލަތު، މި މައްސަލައިގައި އޮތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށް ބުނެފައިވެއެވެ.
28އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "އިސްވެ ބަޔާންކުރި ކަންކަމަށް ރިޢާޔަތްކޮށް އެދެނީ، ފެމިލީ ކޯޓުގެ ނަންބަރު 878/Fm-C/2025 ޤަޟިއްޔާގައި ނެރެފައިވާ ނަންބަރު B8/2025/14 "ވަގުތީ އަމުރު" މުރާޖަޢާކުރުމާމެދު ނިންމާފައިވާ އެ ކޯޓުގެ ނަންބަރު B8/2025/21 ނިންމުމުގައި މަރްޔަމް ×××××××××××××× (އުފަން ތާރީޚް: ×××××××××) ކުއްޖާގެ މަންމައާ ޙަވާލުކުރުމަށް ކުއްޖާގެ ބައްޕައަށް އަންގައިފައިވާ އަމުރު ދަމަހައްޓަންޖެހޭކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން ބާޠިލްކުރުމަށް ކަނޑައަޅައި، އެ ކުއްޖާ ކުއްޖާގެ ބައްޕައާ ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކުރާ ތާރީޚުން ފެށިގެން 5 ގަޑިއިރުގެ ތެރޭގައި ޙަވާލުކުރުމަށް ކުއްޖާގެ މަންމައަށް އަންގައި ޙުކުމްކޮށްދެއްވުމެވެ ." އިސްތިއުނާފު ރައްދުވާފަރާތުން ދައްކާފައިވާ ވާހަކަ
29މި މައްސަލައާ ގުޅިގެން ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، އިސްތިއުނާފު ނުކުތާތަކުގެ ޖަވާބުގައާއި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ރައްދުގައި ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
30އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ކާވެންޏަށް 3 (ތިނެއް) ކުދިން ލިބިފައިވާއިރު، ފެށުނީއްސުރެވެސް، އަދި 28 މެއި 2023 ދުވަހު ދެމީހުން ވަރިވުމަށްފަހު 19 މެއި 2025 ދުވަހާހަމައަށްވެސް، މި ދެމީހުންނަށް ލިބިފައިވާ 3 (ތިނެއް) ކުދިންވެސ ދިރިއުޅެމުން ގޮސްފައިވަނީ ކުދިންގެ މަންމަގާތުގައި ކަމަށެވެ. ފެމިލީ ކޯޓުގެ ނަންބަރު B8/2025/14 "ވަގުތީ އަމުރު"ގެ ދަށުން، ކުއްޖާ -3- ކުއްޖާގެ މަންމައާ ޙަވާލުކޮށްފައި ވާކަމަށެވެ. ކުއްޖާ-3- މަންމައާ ޙަވާލުކޮށްފައިވަނީ މައުޟޫޢީ މައްސަލަތަކުގައި ގޮތެއްކަނޑައަޅަންދެން ވަގުތީ ފަރުވާއެއްގެ ގޮތުގައިކަމަށެވެ.
31ކުއްޖާ -3-އަށް ކުއްޖާގެ މަންމަ އަނިޔާކުރާކނަ މިނިސްޓްރީގެ ސިޓީއިން އެނގެންނެތްއިރު، ކުއްޖާ- 1- އަދި ކުއްޖާ-2-ގެ ބަހުންނާއި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހެއްކަށް ބެލުމުންވެސް، ކުއްޖާ-3-އަށް ކުއްޖާގެ މަންމަ އަނިޔާކުރާކަމަށް ބެލެވޭފަދަ އެއްވެސް ހެއްކެއް ނެތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ. އަދ އިސްތިއުނާފުކުރި ފަރާތުން ކުއްޖާ-3-އާ ގުޅޭގޮތުން 2023/HC-A/112 މައްސަލަ ތަޠުބީޤުކުރުމަށް ހުށަހަޅާގޮތެއް އިސްތިއުނާފު ފޯމުން ސާފުވާން ނެތްކަމަށެވެ.
32ކުއްޖާ -1- އަދި ކުއްޖާ-2- ބައްޕައާ ޙަވާލުކޮށްފައިވަނީ އެ ދެކުދިން ބުނާބުނުމެއްގެ މައްޗަށްކަމަށްވާއިރު، ކުދިންގެ މަންމަ ކުދިންނަށް އަނިޔާކުރާކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށެވެ. ޢާއިޝަތު ކުދިންގެ ބައްޕަގެގޭގައި ދިރިއުޅުނުއިރު، އަދި އެއަށްފަހުވެސް، ކުދިންނަށް އަނިޔާކުރާކަމަށ މުޙައްމަދް ނުވަތަ ކުދިންގެ ބައްޕަފަރާތު މާމަވެސް، މީގެކުރިން އެއްވެސް ޝަކުވާއެއް ކޮށްފައިނުވާކަމަށެވެ. ކުދިންގެ މަންމަ އަނިޔާކުރާކަމުގެ ވާހަކަ ދެކެވެންފެށީ މަންމައާ ކުދިންވަކިކޮށްގެން ގެންދިޔަފަހުންކަމަށާއި، އަދި ކުދިންގެ މަންމަ ކުދިންގެ ޙަޟާނަތު ލިބިގަތުމާއި، ކުއްޖާގެ މައިންބަފައިންކުރެން އިޚްތިޔާރުކުރާ ފަރާތެއް ކަނޑައަޅައި ދިނުމަށްއެދި ޢާއިޝަތުގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހުކަމަށެވެ.
33މިއީ، ކުދިން މެނިޕިއުލޭޓު ކޮށްގެން، ކުދިންގެ ބައްޕައާއި ކުދިންގެ ބައްޕަފަރާތު މާމަ ކުރާކަމެއްކަން އެކުދިންގެ ބަހުން ސާފުވާކަމަށާއި، އެ ކުދިންގެ ބައްޕައާއި ބައްޕަފަރާތު މާމަ، އެ ކުދިން ގެންދާނެކަމަށް ވަރަށްގިނަފަހަރު މަންމަގާތުގައި ބުނެފައިވާކަމަށެވެ. އެގޮތުން، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެތެރޭގައި، މަންމަ ގާތުގައި ކުދިން ދައްކާފައިވާ ވާހަކަތައް ފޯނުގައި އޯޑިއޯ ރެކޯޑިންގ އެއްގައި ހުރިކަމަށާއި، އެ ރެކޯޑިންތަކުގައި އެ ކުދިން ކިޑްނެޕްކޮށްގެން ކުދިންގެ ބައްޕަފަރާތު މާމަ ގެންދާނެ ވާހަކަ ދައްކާފައިވާކަމަށެވެ. ކުދިންނަށް އަނިޔާ ކުރާވާހަކައަކީ އުފަންކުރުވާފައިވާ ވާހަކަތަކއްކެމުގެ އިޙުތިމާލު އޮތްކަމަށާއި، ކުދިން މަންމަދެކެ ބިރުގަންނަކަމާއި ބައްދަލުކުރަން ބޭނުންނުވާކަމަށްބުނެ ހުރަސްއަޅާ އެޅުމަކީ، އެއްވެސް ޙާލަތެއްގައި ބަލައިގަނެވޭނާކަންކަނ ނޫންކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
34ކުއްޖާ -2-އަށް އަނިޔާކުރާ ވާހަކައެއް އެ ކުއްޖާގެ ފަރާތުން މިނިސްޓްރީގައި ބުނެފައިނުވާކަމަށާއި، ކުއްޖާ- 1-އަށް އަނިޔާކުރާ ވާހަކަތައް ދައްކަން ފަށާފައިވަނީ 29 މެއި 2025 ދުވަހުގެ ފަހުންކަމަށާއި، ކުދިން މަންމައާ ވަކިކޮށްގެން މުޙައްމަދު ކުދިން ގެންދިޔުމުގެ ކުރިންވެސް، ކުދިން ސްލީޕް އޯވަރއަށް ކުދިންގެ ބައްޕަ ދިރިއުޅޭތަނަށްގޮސް ވަގުތު ހޭދަކޮށްފައިވާކަމަށާއި، މިފަދަ އެއްވެސް ވާހަކައެއް ކުދިން ދައްކާފައިވާކަމަށް އެއްވެސްއިރަކު ބުނެފައިނުވާކަމަށެވެ. އެހެންނަމަވެސް، ކުދިންގެ މަންމައޭ ކިޔައިގެން ކުދިންގެ ބައްޕަފަރާތު މާމަ ވާހަކަ ދައްކާވާހަކަ އެ ކުދިން ދައްކާކަމަށާއި، ކުދިންގެ މަންމަ މާމައާމެދު ގޯސްކޮށް ކަންތައްކުރާ ވާހަކަތައް ކުދިންގެ މާމަ، އެ ކުދިންގެގާތު ދައްކައިގެން، އެ ވާހަކަތަކުގެ ޙަޤީޤަތް ހޯދުމުގެ ގޮތުން، ޢާއިޝަތުއާ އެ ކުދިން ސުވާލު ކޮށްފައިވާކަމަށެވެ.
35ކުދިންގެ ބައްޕައާ ކުދިން ޙަވާލުކޮށްފައިވަނީ މަންމަ އަނިޔާވެރިވާތީ ނޫންކަމަށާއި، ކުދިންގެ ރަޢުޔަށް ރިޢާޔަތްކޮށްކަމަށާއި، ކުދިން ބައްޕައާ ޙަވާލުކުރުމަކީ ވަގުތީ ފަރުވާއެއްކަމަށެވެ. އާއިލީ މައްސަލަތަކުގައި ޢަމަލުކުރަންޖެހެނީ ކުދިންގެ މަޞްލަޙަތަށް ކަމަށްވާއިރު، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާގޮތަށް، އަރާކިސް މައްސަލަ، މި މައްސަލައަށް ތަޠުބީޤު ކުރެވޭނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ނުދެކޭކަމަށެވެ.
36ކުއްޖާ -3-އަކީ އެންމެ ހަގުކުއްޖާ ކަމަށްވާއިރު، ކުއްޖާގެ މަންމައާ ކުއްޖާ ޙަވާލުކުރަން ނުޖެހޭފަދަ ސަބަބެއް ނެތުމުން، ކުޑަކުދިންގެ ޙައްޤުތަކުގެ ޤާނޫނުގެ 8 ވަނަ މާއްދާއާއި އިސްތިއުނާފު ފޯމުގައި ޙަވާލާދީފައިވާ ޤަޟިއްޔާތަކުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ، ފެމިލީ ކޯޓުގެ "ވަގުތީ އަމުރުގެ މުރާޖަޢާ" ޚިލާފުވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ނުދެކޭކަމަށެވެ.
37މީގެއިތުރުން، މަންމަ ދަރިންނަށް އަނިޔާކުރި ވާހަކާ މި މައްސަލައިގައި ދައްކާއިރު، ފެމިލީ ކޯޓުގެ "ވަގުތީ އަމުރު"ގެ ދަށުން ބަލައދިޔައިރު، ކުއްޖާގެ އަތުގައި ނިޝާނެއް ހުރިކަމަށާއި، އެކަމާގުޅިގެން އިސްތިއުނާފުކުރާ ފަރާތއާ މެސެޖމެދުވެރިކޮށު ސުވާލުކުރުމުން، އެއީބޮލުގއަ އައްސާ ރަބަރބޭންޑު، ކުއްޖާގެ އަތުގައި ގިނަވަގުތުތަކެއ ވަންދެން އޮތުމުގެ ސަބަބުން އަރާފައިވާ ނިޝާނެއްކަމުގައި ބުނެފައިވެއެވެ. އިސްތިއުނާފުގެ ޖަވާބު ހުށަހެޅިއިރުވެސް އެ ނިޝާން ކުއްޖާގެއަތުން އެކުގައި ފިލައިގެން ގޮސްފައި ނުވާކަމަށެވެ. މިއީވެސް ކުއްޖާގެ ބައްޕަގެ ބެލުމުގެދަށުގައި ހުރެމެ، އެ ކުއްޖާއަށް ވެފައިވާ އިހުމާލުގެ ނަތީޖާއެއްކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރާކަމަށެވެ.
38މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
1.38. އިސްތިއުނާފުކުރާ ފަރާތާ ކުރެވުނު ސުވާލުތަކުގެ ތެރު އިނެ، މި ނިންމުމުގް 27 ވަނަ ނުކުތާގއަ ބަޔާންކޮށްފައިވާ ސުވާލުތަކާ ގުޅިގެން، އިސްތިއުނާފު ރައްދުވާ ފަރާތނު ބަސްބުނުމުގެ ފުރުޞަތު އެރުވުމުން، އެއްވެސް ކުއްޖެއްގެ އެސެސްމަންޓެއް، ރިޕޯޓެއްގެ ގޮތުގައި އެކުލަވާލެވިފައި ނުވާކަމަށާއި، ވަގުތީ އަމުރުތަކެއް ހޯދުމަށްއެދި ހުށަހެޅުނު މައްސަލަތަކުގައި އަނިޔާގެ ވާހަކަތަކެއް ދެކެވިފައިވާތީ، ކުދިންގެ މަޞްލަޙަތުގައި ކަމެއްނިންމޭނީ، ކަމާބެހޭ އިދާރާއެއްގެ ބަހެއްއޮވެގެން، ސޯޝަލް ވަރކައެއ މެދުވެރިކޮށް އެކުދިންނާ ވާހަކަދެކެވިގެން ކަމަށްވާތީ، އެގޮތުންހެދި އެސެސްމަންޓެއްކަމަށް ފާހަގަކުރާކަމަށާއި، މިނިސްޓްރީއިން ލިބިފައިވަނީ ހަމައެކަނި ސިޓީއެއް ކަމަށާއި، އެ ސިޓީގެ ދެވަނަ ޞަފުޙާގައި، ކުދިންގެ ފަރާތުން، ކުއްޖާ-3-އަށް އަނިޔާވާފަދަ އެއްވެސްކަމެއް މަންމަކުރާކަމަށް ޙިއްޞާކޮށްފައި ނުވާކަމަށާއި، އިސްތިއުނާފުކޮށްފައިމިވަނީ އެ ކުއްޖާއާ ގުޅިގެން ނެރެވިފައިވާ އަމުރުކަމަށާއި، އަނިޔާއެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނަމުންދަނީ މަންމަ މޫނުބުރުގާއަޅާ މީހަކަށްވާތީ، ބުރުގަލުން ތަޅާކަމަށް ބުނާބުނުންކަމަށާއި، ބުރުގަލުނ ޖަހައިގެން އޮބްޖެކްޓިވް ސްޓޭންޑޑަކުނ ބަލާއިރް އަނިޔާއެއް ނުވާނެކަމަށް ޤަބޫލުކުރާމަށާއި، ކުދިން ބުނަމުންދަނީ އަނިޔާކުރި ވާހަކާ ނޫންކަމަށާއި "ޕަނިޝްމަންޓު" ދޭވާހަކަ ކަމަށްވާއިރު، އަނިޔާއާއި ޕަނިޝްމަންޓުގައި ތަފާތުތަކެއް ހުންނާނެކަމަށާއި، އަނިޔާކުރުމަކީ، މީހަކަށް އަނިޔާއެއް ދިނުމަށް ކުރާކަމއެ ކަމށަ އ އަދާ އެކަމުން އަނިޔެވާނެކަމަށް އސްތިއުނާފި ރައްދުވާ ފަރާތުން ބުނެފައިވެއެވެ. އަދި އަމުރުގެ ދަށުން ކުދިންނާއި މަންމައާ ބައްދަލުނުވާކަމަށާއި، މަންމަ މީހަކާ އިންނަންދެނ ކުދިން އުޅުން މަންމަ ގާތުގައިކަމަށެވެ.
2.38. އިސްތިއުނާފުކުރާ ފަރާތާކުރެވުނ އިތުރު ސުވާލުތަކާ ގުޅިގެން، އިސްތިއުނާފު ރައްދުވާ ފަރާތަށް ދެވުނު ފުރުޞަތުގައާއި، ފަހުފުރުޞަތުގައި އިތުރުކަމެއް ފާހަގަކުރަން ނެތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
39އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "ފެމިލީ ކޯޓުގެ ނަންބަރު B8/2025/21 އަމުރު ބާޠިލްކުރަންޖެހޭ ސަބަބެއް ނެތުމުން، އެއަމުރު ދަމަހައްޓަންޖެހޭ ކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމަވައި ދެއްވުމަށް ." ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
40މި މައްސަލައަކީ، މި މައްސަލައިގައި ހިމެނޭ ދެމީހުންގެ ކާވެންޏަށް ލިބިފައިވާ 3 (ތިނެއް) ކުދިންނާ ގުޅޭގޮތުން ކުދިންގެ މަންގެ ފަރާތުން ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅުމުން، ފެމިލީ ކޯޓުގެ ނަންބަރު 2520C/-Fm/788 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 879/Fm-C/2025 ޤަޟިއްޔާ ބަލަމުންދާއިރު، އެ ކޯޓުގެ ނަންބަރު 2520C/-Fm/788 ޤަޟިއްޔގާ ތެރެއިން ނެރެފައިވާ ފެމިލީ ކޯޓުގެ "ވަގުތީ އަމުރު" މުރާޖަޢާ ކޮށްދިނުމަށްއެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅުމުން، އެ ހުށަހެޅުމާ ގުޅިގެން، ފެމިލީ ކޯޓުގެ ނަންބަރު B8/2025/21 "ވަގުތީ އަމުރު މުރާޖަޢާކުރުމާމެދު ނިންމިގޮތް"ގައި، މި ދެމީހުންގެ ކުދިންގެ ތެރެއިން ކުއްޖާ-3-، ކުއްޖާގެ މަންމަގެ ގާތުގައި ހުރުމަށް ނިންމިނިންމުން ދަމަހައްޓާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ ހުށަހަޅާފައިވާ އިސްތިއުނާފެކެވެ.
41އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ހުށަހެޅުމަކީ، ކުއްޖާ -1- އަދި ކުއްޖާ-2-އަށް ކުދިންގެ މަންމަގެ ފަރާތުން ޖިސްމާނީ އަނިޔާ ލިބިފައިވާތީއާއި، މަންމަގާތުގައި ތިބުމަށް އެ ދެކުދިން ނުރުހޭތީ، އެ ދެކުދިން ބައްޕަގާތުގައި ހުރުމަށް މިހިނދަށް ކަނޑައަޅާފައިވާއިރު، އެ ޙާލަތު ކުއްޖާ-3-ގެ މައްޗަށް ނެތްކަމަށް ފަނޑިޔާރު ނިންމަވާފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި އެފިޑެވިޓްތަކަށް ރިޢާޔަތް ކުރުމެއްނެތި، އަދި މި ތިންކުދިންނަކީ ކުޑައިރުއްސުރެ އެކީގައި އުޅެމުންދިޔަކުދިން ކަމުގައިވުމަށް ރިޢާޔަތް ކުރުމެއްނެތި، އަދި ކުޑަކުދިންގެ ޙައްޤުތކުގަ ޤާނޫނުގެ 8 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ
(ށ)ގެ 1 ވަނަ ނަންބަރާއި، 2023/HC-A/112 މައްސަލއަ ގައި ކަނޑައަޅާފައިވަ އުޞޫލުތަކާ ޚިލާފަށްކަމަށެވެ.
42ޕްރިސިޑެންސް 12023/HC-A/112 މައްސަލައަކީ، ކުޑަކުއްޖަކުހިމެނޭ އާއިލީ މައްސަލައަކާ ގުޅުންހުރި ވަގުތީ އަމުރެއް އިސްތިއުނާފުކުރި މައްސަލައެކެވެ. އެ މައްސަލައިގައި ކުއްޖާގެ މަޞްލަޙަތުބޮޑީ މަންމައާއި ބައްޕަގެ ތެރެއިން ކާކުގާތުގައި ހުރުމުންތޯ ބެލުމުގައި، ކުޑަކުދިންގެ ޙައްޤުތަކުގެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ މައިގަނޑު އުޞޫލުތަކަށް ރިޢާޔަތް ކުރަންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ.
43ކުޑަކުދިންގެ ޙައްޤުތަކުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ)ގައި، ކުއްޖާގެ މަޞްލަޙަތަށް އިސްކަން ދިނުމުގައި، ކޮންމެ ކުއްޖަކާ ގުޅޭގޮތުންވެސް ގޮތެއްނިންމަންވާނީ، އެކުއްޖަކުހުރި ޙާލަތަށާއި ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ކޮންމެ ކުއްޖެއްގެ މައްސަލަ ވަކިން ކަމާއި، އެގޮތުން، އެއްވެސް ފަރާތަކުން ވަކިކަމަކާ ގުޅޭގޮތުން ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާހުރިގޮތް ކަނޑައަޅަންޖެހިއްޖެ ޙާލަތެއްގައި، އެކަން ކަނޑައަޅަންވާނީ އެ މާއްދާގައި ބަޔާންކޮށްފައިވާ ޢާއްމު މިންގަނޑުތަކަށް ރިޢާޔަތް ކުރުމަށް ފަހުގައިކަމަށް ބުނެފައިވެއެވެ. އަދި އެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ)ގައި، އ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ޢާއްމު މިންގަނޑުތަކުގެ ތެރެއިން ވަކިމިންގަނޑަކަށ ނުވަތް މިންގަނޑުތަކަކަށް ބުރަދަން ދިނުމުގައި ބަލަންވާނީ، އެއިން ކޮންމެ މިންގަނޑެއް، އެކުއްޖާގެ ޙާލަތާގުޅޭ މިންވަރަކަށް ރިޢާޔަތް ކުރުމަށްފަހު، އެ ޙާލަތަކާގުޅޭ ނިސްބަތަކަށް ކަމަށާއި، އެހެންނަމަވެސް، އެ ޙާލަތުގައިވެސް، އެ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ޢާއްމު މަޤްޞަދަށް ރިޢާޔަތް ކުރަންވާނކަމަށެ ބުނެފައިވެއެވެ.
44މި ނިންމުމުގެ ނުކތު 14 އިން 27 ވަނަ ނުކުތާއާ ށ ޖުމަ ލަކޮށް ރިޢާޔަތްކުރުމުން، އިސްތިއުނާފުކުރް ފަރާތުގެ މައިގަނޑު ޝަކުވާއަކީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހެކީގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް ކުއްޖާ-3- ބައްޕަގާތުގައި ހުރުމަށް ފެމިލީ ކޯޓުން ނިންމަވާފައިނުވުމެވެ. އަދި ކުއްޖާ-1-އާއި ކުއްޖާ-2-އަށް، ކުދިންގެ މަންމަ އަނިޔާކުރާކަމަށް ރިޢާޔަތްކޮށް އެދެ ކުދިން ބައްޕަގާތުގައި ހުރުމަށް ނިންމަވާ ފައިވާއިރު، މި ޙާލަތުގައި ބުއްދީގެ ހަމައަކަށްވާންވާނީ ކުއްޖާ-3-ވެސް ހުންނަންވާނީ ކުދިންގެ ބައްޕަ ގާތުގައިކަމަށެވެ. ސަބަބަކީ، ކުއްޖާ-1- އަދި ކުއްޖާ-2-އަށް އަނިޔާކުރާކަމަށް ބެލެވޭނަމަ، އެ ޙާލަތުގައި ކުއްޖާ-3-އަށްވެސް ޖިސްމާނީ އަނިޔާކުރާކަމަށް ޕްރައިމާ ފޭޝީ މިންގަނޑުން ބެލެވޭނެތީކަމަށެވެ.
45ޕްރިސިޑެންސް 2އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވާ ޤާނޫނީ އުޞޫލުތަކުގެ ތެރެއިން، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު A/58)-(2019/SC ޤަޟިއްޔާގައި، ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅި ހެއްކާއި ޤަރީނާއަށް ރިޢާޔަތް ކޮށްފައި ނުވާކަމަށް ބުނާނަމަ، ފަނޑިޔާރުން ރިޢާޔަތް ކޮށްފައިނުވަނީ ޤާނޫނީ ކޮންނުކުތާއަކ ގުޅިގެނާ ހުށަހަޅާފައިވް ކޮންހެއްކެއްކަން ބުނެދިނުމަކީ، އެހެންބުނެ ހުށަހަޅާ ފަރާތެއްގެ ޒިއްމާއެއްކަމަށް ބުނެފައިވެއެވެ.
46މީގެއިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މޯލްޑިވްސ ޕޮލިސް ސަރވިސް) (2019/SC-A/98) ޤަޟިއްޔާގެ 14 ވަނަ ޕެރެގްރާފގައު ކަނޑައަޅުއްވާފައިވާ ޤާނޫނީ އުޞޫލަކީ، މައްސަލައެއް ޝަރީޢަތުގެ ނިޒާމުގެ ތެރެއިން ތިން މަރުޙަލާއިން ބެލުމުގެ މާނައަކީ ދަށު ކޯޓަށް ހުށަހެޅޭ ދަޢުވާއެއް އެ އޮތްގޮތަށް އެ މައްސަލަ އަލުން ތިން ފަހަރު ބެލުން ނޫންކަމާއި، މައްސަލައެއް ކާމިޔާބު ނުކުރެވުމުގެ ސަބަބުން ހަމައެކަނި ފަނޑިޔާރުން މައްސަލަ ބަލަންވާވަރަށް ނުބަލާކަމަށް ތުހުމަތު ކުރެވުމަކީ، ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން މައްސަލައެއް އިސްތިއުނާފު ކުރުމަށްއޮތް ހަރުދަނާ ސަބަބެއް ނޫންކަމެވެ.
47އިސްތިއުނާފު ކޮށްފައިވާ "ވަގުތީ އަމުރުގެ މުރާޖަޢާ"ގައި، ފެމިލީ ކޯޓުން ރިޢާޔަތް ކުރައްވާފައިވާ މިނިސްޓްރީގެ ނަންބަރު 146/2025/15/IRS-482 (19 ޖޫން 2025) ސިޓީގައިވާ މައިގަނޑު ކަންކަން ތިރީގައި ބަޔާންކުރަމެވެ.
1.47. ކުދިންގެ ޙާލަތު ބެލުމަށް 02 ޖޫން 2025 ދުވަހު ކުދިން ދިރިއުޅޭ މާހައުލަށް، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ފަރާތުން ޒިޔާރަތްކޮށް ކުދިންނާ ވަކިން ވާހަކަދައްކާފައިވާކަން.
2.47. އެގޮތުން، ކުއްޖާ -1-އަށް ކުއްޖާގެ މަންމަ ޖިސްމާނީ އަނިޔާކޮށްފައި ވާކަމަށާއި، ކުއްޖާގެ މަންމަގެ ގާތުގައި އުޅުނުއިރު، އަދަބު ދިނުމުގެގޮތުން ކޮޓަރިއަށްލާ ތަޅުލާކަމަށް ކުއްޖާ ކިޔައިދީފައިވާކަން.
3.47. ޙަޟާނަތުގެ މައްސަލައިގައި ވަކިގޮތެއް ކަނޑައަޅަންދެން ކުއްޖާ -2- އަދި ކުއްޖާ-3- މަންމައާ ޙަވާލުކުރުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، ކުއްޖާ-2- މަންމައާއެކު ދިޔުމަށް ބޭނުންނުވާކަމަށއާ ކުއްޖާހުރީ ވަރަށް ބިރުންކަމަށް، ކުއްޖާގެ ބައްޕަގެ ފަރާތުން، 07 ޖޫން 2025 ދުވަހު މިނިސްޓްރީއަށް މަޢުލޫމާތު ދީފައިވާކަން.
4.47. ބައްޕައާއެކު ކުއްޖާ -2- ދިރިއުޅެމުންދާ މާހައުލަށް ޒިޔާރަތްކޮށް ކުއްޖާ-2-އ ވާހަކާ ދެއްކުމުން، މަންމަގާތަށްދާން ބޭނުންނުވާކަމަށާއި، ސަބަބަކީ މަންމަ އަދަބުދޭތީކަމަށް ބުނެފައިވާކަމަށާއި، ކުދިން މަންމައާއެކު ދިރިއުޅުނުއިރު، އެފަދަ މަޢުލޫމާތު ޙިއްޞާކޮށްފައި ނުވިނަމަވެސް، މިހާރު އެފަދަ މަޢުލޫމާތު ޙިއްޞާކޮށްފައިވާތީއާއި، ކުއްޖާ ދާންބޭނުންނުވާނަމަ، ކުއްޖާ ގަދަކަމުން މަންމަގާތަށް އެވަގުތު ބަދަލުކުރުމަކީ ކުއްޖާގެ މަޞްލަޙަތަށް އެންމެރަނގަޅުގޮތް ނޫންކަމަށް، އެ ސަރވިސްއިން ކުދިންގެ މައިންބަފައިނަށް ކިޔައިދީ، ކުއްޖާގެ މަޞްލަޙަތު އިސްކުރުމަށް މައިންބަފައިންނަށް ނަޞީޙަތްތެރި ވެފައިވާކަން.
5.47. ކުދިންގެ އިޖުތިމާޢީ ޙާލަތު އަންގައިދޭ ރިޕޯޓެއް ދިވެހި ފުލުހުންގެ ޚިދުމަތް މެދުވެރިކޮށް ތައްޔާރުކުރުމަށް އެދިފައިވާތީ، ކުދިންގެ އެސެސްމަންޓް ތައްޔާރުކުރުމުގެ މަސައްކަތް އެ ސަރވިސްއިން ކުރަމުންދާކަން.
6.47. އެސެސްމަންޓަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް 11 ޖޫން 2025 ދުވަހު ކުދިންނާ ވާހަކަ ދައްކާފައިވާކަމާއި، ދެކުދިން މަންމަގާތަށް ދާންބޭނުންނުވަނީ މަންމަ އަދަބުދޭތީކަމަށް ފާހަގަކޮށްފައިވާއިރު، އަނިޔާވާފަދަ އެއްވެސްކަމެއް މަންމަ ފަރާތުން ކުރާކަމަށް ކުއްޖާ-3- ޙިއްޞާކޮށްފައިނުވާކަން.
7.47. 11 ޖޫން 2025 ދުވަހު ކުއްޖާގެ މަންމައާއެކު ސެޝަނއްނަގައި މަންމަގެ ފަރާތުން މަޢުލޫމާތެ ހޯދާފައިވާކަމާއި، ކާވެނި ރޫޅުމަށްފަހުވެސް ކުދިންތިބީ މަންމަގާތުގައި ކަމަށާއި، ބައްޕަގެ ފަރާތުން އެހީތެރިކަން އެކަށީގެންވާގޮތުގައި ލިބިފައިނުވާކަމަށާއި، ކުދިންނަށް މަންމަ އަނިޔާކުރާ ވާހަކަ ދައްކަން ފަށާފައިވަނީ މައްސަލަ ހުށަހެޅުމުންކަމަށާއި، ކުދިންގެ ޚިޔާލުތައ އެއްކޮށް ބަދަލުވެފައި ވާކަމަށާއި، މަންމަ ގާތުގައި ދިރިއުޅުމުގައި ގަވާއިދާއި، ތަރުބިއްޔަތުގައި އުޞޫލުތަކެއް ގެންގުޅޭއިރު، ބައްޕަގާތަށް ބަދަލުވުމަށްފަހު، ކުދިންނަށް ބޭނުންވާ ހުރިހާކަމެއް ބައްޕަކޮށްދޭކަމަށް ޢާއިޝަތު ބުނެފައިވާކަން.
8.47. އެ ސަރވިސްއިން ކުރެވުނު ވޭދަނައިގެ މަސައްކަތުން، މައިންބަފައިގެ މެދުގައި ތަކުރާރުކޮށް މައްސަލަޖެހި، އެ މަންޒަރު ކުދިންނަށްފެނި، އަޑުއިވިފައިވުމުން، ކުދިންގެ ނަފުސާނީ ދުޅަހެޔޮކަމަށް އޭގެއަސަރު ކޮށްފައިވާކަން ފާހަގަކުރެވޭކަން.
9.47. ކުދިންގެ އުމުރާނުގުޅޭ ކަންތައްތަކާމެދު ކުދިން ވިސްނާކަމާއި، މައްސަލަ ކުރިއަށްދާނެ ގޮތާމެދުވެސ ކުދިން ވިސްނާކަން ފާހަގަކުރެވޭކަން.
10.47. ކުދިންގެ އިޖުތިމާޢީ ޙާލަތު އަންގައިދޭ އެސެސްމަންޓު އެކުލަވާލުމުގެ މަސައްކަތް، އެ ސަރވިސްގެ ފަރާތުން ކުރަމުންދާކަން.
48މި މައްސަލައިގައި ފެމިލީ ކޯޓުން ގޮތްނިންމެވުމުގައ އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި ހެއްކަށް ރިޢާޔަތް ނުކުރާކަމަށާއި، އޚމ މައްސަލައިގެ 15 ވަނަ ނުކުތާގެ (ނ)ގައި ބަޔާންކޮށްފައިވާ ފަދައިން، ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރިގޮތް ނިންމެވުމުގައި މައިގަނޑު ވާޤިޢާއަކަށް ނުވަތަ ކަމަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
49ޕްރިސިޑެންސް 4ފެމިލީ ކޯޓުގެ ނަންބަރު B8/2025/21 "ވަގުތީ އަމުރު މުރާޖަޢާކުރުމާމެދު ނިންމިގޮތް"އަށް ބެލުމުން، މިނިސްޓްރީގެ ނަންބަރު CFPS/146/2025/14-482 (05 ޖޫން 2025) ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް ފެމިލީ ކޯޓުގެ "ވަގުތީ އަމުރު"އިން އެންގި އެންގުން ނިމުމަކަށް ގެނެސްފައިވާކަން އެނގެއެވެ. މީގެއިތުރުން، އެ ނިންމުމަށް ވާސިލުވުމުގައި ފެމިލީ ކޯޓުގެ ފަނޑިޔާރު މައިގަނޑުގޮތެއްގައި ބަރޯސާވެ ވަޑައިގެނފައިވަން، ޢާއިޝަތާއި މުޙައްމަދު ކުދިންނާގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކަކަށް އެކަނިކަމަށް ނުބެލެވެއެވެ.
50އޭގެ ބަދަލުގައި، ފެމިލީ ކޯޓުގެ ފަނޑިޔާރު ރިޢާޔަތް ކުރައްވާފައިވަނީ، މިނިސްޓްރީގެ ނަންބަރު -482 146/2025/15/IRS (19 ޖޫން 2025) ސިޓީގައި ކުދިންގެ މައިންބަފައިންނާއި، ކުދިންނއާ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ފަރާތުން ވާހަކަދައްކައި، ކުދިންނާއި ކުދިންގެ މައިންބަފައިންގެ ޙާލަތު ވަޒަންކުރުމަށްފަހު، ކުދިންގެ ޙާލަތާއި، ކުދިންގެ ޢުމުރާއި، މައިންބަފައިންގެ ޢަމަލުތަކުން ކުދިންނަށް އަސަރުކޮށްފައިވާ މިންވަރުން ކުދިންގެ ވިސްނުންހުރިގޮތާއި، ދައްކާވާހަކަތކަށަ، ޝާމިލުގޮތެއްގައި ރިޢާޔަތްތެރިކަން ދިނުމަށްފަހު، އެ ސަރވިސްއިން ފާހަގަކޮށްފައިވާ އަދި ހަރުދަނާކަމަށް ބުރަވެވޭފަދަ މަޢުލޫމާތުގެ މައްޗަށްކަމަށްވެފައި، ދަށުކޯޓުގެ ފަނޑިޔާރުގެ އިޚްތިޔާރު ބިނާވެފައިވަނީ މައިބަފައިންގެ ތަޢައްޞުބުތަކާއި ޖަޒުބާތއާދުރު، އިތުރު ފަރުދީ މަޞްލަޙަތެއްނެތްކަމަށް ބެލެވޭފަދަ، ކުޑަކުދިންނާއި އާއިލާ ގުޅުންތަކުގ ދައުލަތުގެ ކަމާބެހޭ އިދާރއެއްގާ ފާހަގަކުރުންތަކާއި ރަޢުޔަށެ ވެ.
51ޕްރިސިޑެންސް 5މި މައްސަލައިގައި ހިމެނޭ 3 (ތިނެއް) ކުދިންގެ އުމުރަށްބަލާއިރު، ކުއްޖާ-1-އަކީ 7 (ހަތެއް) އަހަރުގެ ކުއްޖެކެވެ. އަދި ކުއްޖާ-2-ގެ ޢުމުރަކީ 5 (ފަހެއް) އަހަރެވެ. އެކުދިންގެ ޢުމުރާއި ދައްކާފައިވާ ވާހަކަތަކަށާއި ކުދިން ޚިޔާރުކުރާގޮތ ޚިލާފަށާ ގަދަކަމުން މަންމަ ގާތުގައި ބެހެއްޓުމަކީ އެކުދިންގެ މަޞްލަޙަތަށް އުނިކަން އަތުވެދާނެ ކަމެއްކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ބުނެފައިވުމުން، އިތުރު އެސެސްމަންޓެއް ނެތްނަމަވެސް، އެ ސަރވިސްގެ ފަންނީމީހުނ ހިމެނޭކަމަށް ބެލެވޭގޮތަށް، މިނިސްޓްރީގެ ފަރާތުން ސިޓީގއަ ފާހަގަކޮށްފައިވާ ކަންކަމަށް، ފަނޑިޔާރު ރިޢާޔަތްތެރިކަން އެކަށީގެންވާގޮތުގައި ދެއްވާފައިވާކަމަށް ދެކެމެވެ.
52ކުއްޖާ -3-ގެ ޢުމުރަކީ 3 (ތިނެއް) އަހަރުކަމަށްވާއިރު، ކުއްޖާ-1- އަދި ކުއްޖާ-2- ދައްކާފައިވާ ވާހަކަތަކާއި މައިންބަފައިންގެ ވާހަކަތައްވެސް އިވިފައިވާ، އަދި އެ މައްޗަށް ބިނާކޮށް، ކުއްޖާ-2- މަންމަ ގާތުގައި ގަދަކަމުން ބެހެއްޓުމުން މަޞްލަޙަތަށް އުނިކަން އަތުވެދާނެކަމަށް ބުނެފައިވާ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ފަރާތުން، ކުއްޖާ-3- މަންމަގާތުގައި ހުންނަންނުޖެހޭކަމަށް ބެލެވޭފަދަ ވާހަކައެއް ނުވަތަ މަންމަގާތުގައި ހުރުމުން ކުއްޖާގެ މަޞްލަޙަތަށް އުނިކަން އަތުވެދާނެކަމަށް ބުނެފައިނުވުމުން، މި ޙާލަތުގައި ޙަޤީޤަތުގައިވެސް ކުއްޖާ-3- މަންމަގާތުގައި ދެމިހުރުމަށް ދަށުކޯޓުން ނިންމަވާފައިވަނީ ހަރުދަނާ ސަބަބުތަކުގެ މައްޗަށްކަމަށް ދެކެމެވެ. އެހެނީ، މިނިންމުމުގެ ނުކުތާ 42 އިން 43 ވަނަ ނުކުތގައާ ބަޔާންކޮށްފައިވާ ފަދައިން، 2023/HC-A/112 މައްސަލައިގައި ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލަކީ، ކޮންމެ ކުއްޖަކާމެދުވެސް ގޮތްނިންމަންޖެހޭނީ އެ ކުއްޖެއްގެ ޚާއްޞަ ޙާލަތަށް ރިޢާޔަތްކޮށްގެންނެވެ. އެހެންކުދިންގެ ޙާލަތާއި ރައުޔުގެ މައްޗަށްނޫންކަން އެނގެއެވެ.
53ޕްރިސިޑެންސް 3ބުނެވިދިޔަ ކަންކަމަށް ޖުމްލަކޮށް ރިޢާޔަތްކުރުމުން، މި މައްސަލައިގައި ދަށުކޯޓުގެ ފަނޑިޔާރު ކުއްޖާ -3-، މަންމަގާތުގައި ހުރުމަށް ނިންމި ނިންމުން ދެމެހެއްޓުމަށް ކަނޑައަޅުއްވާފައިވަނީ، މި މައްސަލައިގައި ހުށަހަޅާފައިވާ ހެއްކަށް ރިޢާޔަތްކޮށްކަމަށް ބުރަވެވެއެވެ. މައްސަލައިގެ ޚަޞްމަކު ހެއްކަށް ރިޢާޔަތްކޮށް ފަނޑިޔާރު ވާސިލުވާންޖެހޭކަމަށް އެ ޚަޞްމަކުދެކޭ ނަތީޖާއެއް ނުނުކުންނަކަމަށް ފަނޑިޔާރަކު ކަނޑައެޅއުވުމަކީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފުވާގޮތަށް ހެއްކަށް ރިޢާޔަތް ނުކުރުންކަމަށް ބެލެވޭނެ ޤާނޫނީ ހަމައއ އޮތްކަމަކަށް ނުދެކެމެވެ. މީގެއިތުރުން، މި މައްސަލައިގައި ކުއްޖާ- 3-އާމެދު ފަނޑިޔާރު ގޮތްނިންމަވާފައިވަނީ، އެހިނދަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި، އެ ކުއްޖާގެ ޢުމުރާއި، ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށްކަން އެނގޭއިރު، މިނިސްޓްރީގެ ފުރިހަމަ އެސެސްމަންޓެއް ހެދިފައިނުވާ މި ޙާލަތުގައި، މި މައްސަލައިގައި ވަގުތީއަމުރު މުރާޖަޢާކޮށް ގޮތްނިންމަވާފައިވަނީ، ކުޑަކުދިންގެ ޙައްޤުތަކުގެ ޤާނޫނުގެ 8 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/112 މައްސަލއަ ގ އ ކަނޑައަޅާފައިވަ އުޞޫލުތަކާ އެއްގޮތަށްކަމަށް ދެކެމެވެ.
54މަތީގައި ބަޔާންކޮށްފައިވާ ކަންކަން އެގޮތުގެމަތިން ހުރުމުން، ފެމިލީ ކޯޓުގެ ނަންބަރު B8/2025/21 "ވަގުތީ އަމުރު މުރާޖަޢާކުރުމާމެދު ނިންމިގޮތް"އަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މި މައްސަލަ ނިންމަން ފެނެއެވެ.
55މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީ ދުކުރަމެވެ.
56މި މައްސަލއިގައަ ފަނޑިޔާރި ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ. a*, , 202slHC-Al181 ?a.rZ, f.7rr@ 30 oD 2Yr, c zC2 c o222 o /crxa o.o. B8l202sl2t -lrii 3 et, 22J .?.?2Sso3., :t ?t irris ,:ii; aua 2a ?4.rt, i5.1 nX? 5;t r:;it i5(2025 t? 29) "31,.i-n ;t3"1i3'e.1., .1.r5 tji" . o o r? o c2 / co2// t c>? z cQo.. c aa, o2 (/.2r/.?./oa a o a o c/ a a.r2.2U UJJJorr., s,-/2e2 s.PJ.lr zry 3 EY.t.z 3 errJ./tJr, 2e2P.r2 2 14eetl aaaa aa/aa aa o- o22 o - er- 't2J.rr' 2t /a ?.?2 sJo't 2 a2 22 , cr, aa 4o . 3Y 2Y.l .rro ,.rrP 3 2 o ,, 2 / o / )- 2a/ / ,/ Oa/// 2a? , o/z /, .F a//ae 2 ?.r-.a ./1r zry a,24 €7-l /r r2.:J c,,r? / ra aa \ 1t -ttj ) ;l ,rji 'os">.- {;:fa
- ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާ (ށ) އަދި (ނ)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރު
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާ (2019/SC-A/98 އަށް ހަވާލާދީ)
- ގަވާއިދު ނަންބަރު 2022/R-102 (ފެމިލީ ކޯޓުގެ ޢާއިލީ އިޖުރާއަތުގެ ގަވާއިދު) ގެ 75 ވަނަ މާއްދާގެ (ކ) (ދަށުކޯޓުގެ އަމުރުގައި)
- ހައިކޯޓު 2023/HC-A/112
- ސުޕްރީމް ކޯޓު 2019/SC-A/58 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު)
- ސުޕްރީމް ކޯޓު 2019/SC-A/98 (ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް)) ގެ 14 ވަނަ ޕެރެގްރާފު
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ސާދިޙު ނަޞީރު، ޢަލީ ސަޢީދު، ނަޖުމާ އަޙްމަދު، ލޯ ކްރާފްޓް ލޯ ފަރމް ލލޕ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޒިމްނާ ޢަބްދުލްމުޙްސިން
- ބެންޗު
- ދީބާނާޒް ފަހުމީ، މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް