ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/69
އަރާކިސް ޕްރައިވެޓް ލިމިޓެޑް ވ. އިބްރާހީމް ޢަލީ، 2023/HC-A/69
Araakis Private Limited v. Ibrahim Ali 2023/HC-A/69 (2023/HC-A/69, High Court of the Maldives, 23 August 2023)
އަރާކިސް ޕްރައިވެޓް ލިމިޓެޑް ވ. އިބްރާހީމް ޢަލީ
މައިގަނޑު ސުވާލު
ކޮވިޑް-19 އާ ގުޅިގެން މުސާރައިން އުނިކުރި ފައިސާ ހޯދުމުގެ ޝަކުވާއަކީ މައުޟޫޢީގޮތުން ބަލަންޖެހޭ ޝަކުވާއެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިޖުރާއީ ނުކުތާއެއްގައި ނިންމުމުގައި ޚަޞްމުން އެދުނު ކަންކަމުން ބޭރަށް ދިޔައީތޯ ނުވަތަ ޖަވާބުދާރީވުމުގެ ޙައްޤަށް އުނިކަމެއް ލިބުނުތޯ؛ އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ މުއްދަތު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލަތަކަށް ހިނގާތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލްގެ އިޖުރާއީ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21-23) މުސާރައިން އުނިކުރި ފައިސާ ހޯދުމަށް އެދި ހުށަހަޅާ ޝަކުވާއެއްގައި، އެ ފައިސާއަކީ އަނބުރާ ދިނުމަށް އުނިކުރި ފައިސާއެއްތޯ އަދި އެއީ ދެފަރާތް އެއްބަސްވި ގޮތްތޯ ފަދަ ސުވާލުތަކަކީ ޚުޞޫމާތު އުފެދިފައިވާ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަން ކަމުން، އޭގެ ޖަވާބު ލިބޭނީ މައުޟޫޢުގެ ތެރެއިން ޖަވާބުދާރީވުމާއި ހެކި ހުށަހެޅުމުގެ ފުރުޞަތު ދީގެންނެވެ؛ ޚަޞްމުން ހުށަހެޅި ކަންކަމަށް ބިނާކޮށް އެގޮތަށް ނިންމުމަކީ ސުޕްރީމް ކޯޓުގެ 2013/SC-A/44 އާއި ހައިކޯޓުގެ 2010/HC-A/47 ގައިވާ އުޞޫލާ ޚިލާފު ނިންމުމެއް ނޫނެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 69 ވަނަ މާއްދާގެ ދަށުން، އިޖުރާއީ ނުކުތާއަކާ ގުޅިގެން ގޮތެއް ނިންމާނީ ނުކުތާ ނެގި ފަރާތް ފިޔަވައި މައްސަލައިގެ އަނެއް ޚަޞްމަށް ޝަފަހީ ގޮތުން ނުވަތަ ލިޔުމުން ޖަވާބުދާރީވުމުގެ ފުރުޞަތު ދީގެންނެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26) އިޖުރާއީ ނުކުތާއަކާ ގުޅޭގޮތުން ޓްރައިބިއުނަލުން ނުވަތަ ކޯޓުން ނިންމާ ނިންމުމަކީ މައުޟޫޢުގައި ހެކި ވަޒަންކޮށް ފައިސަލާކުރާ މިންވަރަށް ނުވަދެ، އެ ވަގުތު ހުށަހަޅާފައިވާ ހުށަހެޅުންތަކަށް މަތިމަތިން ބަލައި ނިންމާ ނިންމުމެކެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27) އިޖުރާއީ ނުކުތާއަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ދީފައިވާއިރު، ބަހުސްކުރެވޭ ކަމާ ގުޅޭ ހުށަހެޅުންތައް ހުށަހެޅުމާއި ޖަވާބުދާރީވުމުގެ ފުރުޞަތު މައުޟޫޢުގެ ތެރެއިން ހުޅުވިފައިވާނަމަ، އިޖުރާއީ ނިންމުމަކުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގެ ޙައްޤަށް އުނިކަމެއް ނާދެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29-33) މަދަނީ އިޖުރާއަތުގެ ޤާނޫނު ހިނގަނީ މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކަށެވެ؛ 47 ވަނަ މާއްދާގެ (ރ) ގެ (10) ން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިޚްތިޞާޞްގައި ހިމެނޭ މައްސަލަތައް އިސްތިސްނާކޮށްފައިވާތީ، 61 ވަނަ މާއްދާގެ މުއްދަތު ޚާއްޞަވަނީ ކޯޓަށް ހުށަހެޅޭ ވަޒީފާއާ ގުޅޭ މައްސަލަތަކަށެވެ (މިސާލަކަށް ސިފައިންނާއި ފުލުހުންގެ ވަޒީފާގެ މައްސަލަތައް).
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35-36) ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގެ ދަށުން "ކޯޓު" އާއި "ޓްރައިބިއުނަލް" ގެ ދައުރާއި މާނައިގައި ބޮޑު ތަފާތެއް އޮވެއެވެ؛ ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ވަކި ކަމެއް ކުރުމުގެ ބާރު ކޯޓަށް ދީފައިވާނަމަ، އެ އިޚްތިޞާޞާއި ބާރު ލިބޭނީ ޝަރުޢީ ކޯޓަށެވެ (ސުޕްރީމް ކޯޓު 2016/SC-A/23).
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34، 37) މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 6 އާއި 17 ވަނަ މާއްދާގެ މަޤްޞަދަށް ބެލުމުގެ އުޞޫލުން ވެސް، މަދަނީ އިޖުރާއަތުގެ ޤާނޫނާއި އޭގެ 61 ވަނަ މާއްދާއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ހިނގާ މައްސަލަތަކަށް ތަޠުބީޤުކުރެވޭ ޤާނޫނެއް ނޫނެވެ.
1މިއީވަޒީފާއާބެހޭޓްރައިބިއުނަލްގއ ބަލަމުންދާ އެ ޓްރައިބިއުނަލްގެ ނަންބަރު 229/VTR/2022 މައްސަލައިގެ ތެރެއިން ނިންމާފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-VTR/IJ/2022/63 )29 ޑިސެ ންބަރ 2022( "އިޖުރާއީގޮތުން ނިންމް ގޮތް" ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ )ރަޖިސްޓްރީ ނަންބަރ C-0691/2016( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "އަރާކިސް ޕްރައިވެޓް ލިމިޓެޑް" ނުވަތަ "ކުން ފުނި" ( ފަރާތުނ އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ މާލެ […] އިބްރާހީމް ޢަލީގެ )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( )މީގެ ފަހުން " އިބްރާހީމް ޢަލ " ނުވަތަ "އިސްތިއުނާފ ރައްދވު ފަރާތް"( މައްޗަށެވެ.
3އިބްރާހީމް ޢަލީ 26 ޑިސެންބަރު 2016އިން ފެށިގެން 01 އޮގަސްޓް 2022 ގެ ނިޔަލަށް އަރާކިސް ޕްރައިވެޓް ލިމިޓެޑުން ހިންގާ "މިހާރު" ނޫހުގައި ސޭލްސް އެންޑް މާރކެޓިންގ އެގްޒެކެޓިވްގެ މަޤާމުގައި ވަޒީފާ އަދާކުރިއެވެ. މި ވަޒީފާއިން އިބްރާހީމް ޢަލީ ވަކިވެފައިވަނީ އޭނާގެ އަމިއްލަ އިޚްތިޔާރުގައެވެ. 2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން 2021 ވަން އަހަރުގެމެއ މަހާއި ހަމައަށް އަރާކިސް ޕްރައިވެޓް ލިމިޓެޑުން އިބްރާހީމް ޢަލީގެރުހުމަކާއި ނުލާ އިބްރާހީމް ޢަލީގ މުސާރައިން އެކް އަދަދުން ފައިސާ އުނިކޮށްފައިވާކަމަށާއި، އަދި އިބްރާހީމް ޢަލީ ވަޒީފާއިން ވަކިވަމުން މި ފައިސާ އަނބުރާ ދިނުމަށް އެދުމުން، މި ފައިސާ އަރާކިސް ޕްރައިވެޓް ލިމިޓެޑުން ދީފައިނުވާކމަށައިބްރާހީމް ޢަލީ ބުނެ، އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.
4މި މައްސަލަ އިބްރާހީމް ޢަލީގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ 2 ނޮވެންބަރު 2022ގައެވެ. އަދި މި މައްސަލަ ބަލަން ފަށާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 229/VTR/2022 މައްސަލައިގެ ގޮތުގައެވެ.
5ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އިބްރާހީމް ޢަލީގެ ފަރާތުން އަންނަނިވި ކަންކަމަށް އެދިފައިވެއެވެ.
5.1. އިބްރާހީމް ޢަލީ ވަޒީފާގައި އުޅުނުއިރު ނުނަގައި ހުރި އަހަރީ ޗުއްޓީ ދުވަސްތަކަށް ލިބެންޖެހޭ ފައިސާ ދިނުމަށް އަމުރުކޮށްދިނުމަށާއ؛
5.2.އިބްރާހީމް ޢަލީއަށް 2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން 2021 ވަނަ އަހަރުގެ މެއި މަހެ ގ ނިޔަލަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ތެރެއިން ނުދީވާ 44,075/- ރ. )ސާޅީސ ހަތަރުހާސް ހަތްދިހަ ފަސް ރުފިޔާ( ދިނުމަށް އަމުރުކޮށްދިނުމަށާއ؛ އަދި
5.3.އިބްރާހީމް ޢަލީއަށް ޤާނޫނާއި ޤަވާޢިދުތަކުން ލިބެންޖެހޭ އެންމެހާ ފައިސާއާއި ޙައްޤުތައް ލިބޭގޮތަށް އަމުރުކޮށްދިނުމަށެވެ.
6މި މައްސަލައިގައި އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޖަވާބުދާރވީއިރު، އިބްރާހީމް ޢަލީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި 2020ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން 2021 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް އިބްރާހީމް ޢަލގީ މުސާރައިން އުނިކޮށްފައިވާކަމަށް ބުނާ ފައިސާއަކީ ކޮވިޑް -19އާ ގުޅިގެން އުނިކުރެވުނު ފައިސާކަމަށާއި، އެ އުނިކުރުން ޤާނޫނާ ޚިލާފުކަމަށް ބުނެ އިބްރާހީމް އިބްރާހީމެ ޢަލީގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ "މައްސަލަ ހުށަހަޅަ ފޯމު"ގ 7 ވަނަ ނަންބަރުގައި މިފަދައިން ބަޔާންކޮށްފައިވެއެވެ. މިކަން އިބްރާހީމް ޢަލީގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ "މައްސަލަ ހުށަހަޅަ ފޯމު"ގެ އެންޓްރީ ތަތްގނޑުން އެނގެއެވެ. ޢަލީގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 2020/20 )ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނ( ގެ 10 ވަނަ މާއްދާގެ )ށ(ގައި ބަޔާންކޮށްފައިވާ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ފާއިތުވި ފަހުންކަމަށާއި، އަދި މިއީ ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު ( )މީގެ ފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނު"(ގ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަކުވާ ހުށަހެޅުމުގެ މުއްދަތުވެސް ފާއިތުވި ފަހުން ހުށަހަޅާފައިވާ މައްސަލައެއްކަމަށާއި، އެހެންކަމުން އިބްރާހީމް ޢަލީގެ ފަރާތުން އެދިފައިވާ ފަދައިން އެ ފަރާތުގެ މުސާރައިން އުނިކުރެވިފައިވާ ފައިސާ ހޯދުމަށް އެދި ހުށަހަޅާފައިވާ ޝަކުވާއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލޭނެ މައްސަލައެއްނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިޖުރާއީ ނުކުތާއެއް ހުށަހެޅިއެވެ.
7އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާއާއި ގުޅިގެން އިބްރާހީމް ޢަލީގެ ފަރާތުން ބުނެފައިވަނީ މި މައްސަލައަކީ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ މައްސަލައެއްކަމަށާއި، މުސާރައިން އުނިކުރެވޭ ބައި، ޙާލަތު ރަނެ ގަޅުވަމުންދާ ވަރަކުން އިޢާދަކުރާނެކަމަށ އަރާކިސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވާތީ، އިބްރާހީމް ޢަލީގެ ފަރާތުން މި ބުނުން ޤަބޫލުކޮށް، އޭގެ މައްޗަށް ބަރޯސާވެފައިވާކަމަށާއި، އެހެންކަމުން މިމައްސަލައިގ ޚުޞޫމާތި އުފެދިފައިވަނީ އިބްރާހީމް ޢަލީ ވަޒީފާއިން ވަކި ވުމަށްފަހު، އެ ފަރާތަށް ޙައްޤުވާ ފއިސަ ދިނުމަށާ އެދުމުން، އެ ފައިސާ ނުދިނުމުންކަމުގައ އިބްރާހީމް ޢަލީގެ ފަރާތުން ބުނެފައިވެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިޖުރާއީގޮތުން ނިންމި ގޮތް
8އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާއާ ގުޅިގެނާ ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ ޓްރައިބިއުނަލްގެ ނަންބަރ 200-VTR/IJ/2022/63 "އިޖުރާއީގޮތުން ނިންމް ގޮތް" ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ VTR/IJ/2022/63-200 )29 ޑިސެންބަރު 2022( "އިޖުރާއީގޮތުން ނިންމް ގޮތް". މިކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ VTR/IJ/2022/63-200 )29 ޑިސެންބަރު 2022( "އިޖުރާއީގޮތުން ނިންމް ގޮތް" ގެ 2 ވަނަ ޞަފްޙާއިން އެނގެއެވެ. 29 ޑިސެންބަރު 2022ގައި ނިންމާފައިވަނީ އިބްރާހީމް ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ޝަކުވާގެ ތެރެއިން 2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށގެނި 2021 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށްވާ މުއްދަތުގައި އ ފަރާތަށެ އުޖޫރައިގެ ގޮތުގައި ލިބެންޖެހި ނުލިބިވާކަމަށް އިބްރާހީމް ޢަލީގެ ފަރާތުން ބަޔާންކުރާ ފައިސ ހޯދުމަށް އެދް ހުށަހަޅާފައިވި ޝަކުވާއަކާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައިގެ ތެރެއިން މައުޟޫޢީގޮތުން ގޮތެއް ކަނޑައަޅަންޖެހޭ ބައެއް ކަމަށް ކަނޑައަޅައެވެ.
9މިފަދައިން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވާކަން އެ ނިންމުމުން އެނގެއެވެ.
9.1.ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ )ހ( ގައި ކޯޓު " " ކަމުގައި ބުނެފައިވަނީ ފަނޑިޔާރަކު އިނދެގެން ނުވަތަ ފަނޑިޔާރުންތަކެއް ތިބެގެން ޝަރީޢަތްކުރުމަށް ޤާނޫނުއަސާސީން، ނުވަތަ ޤާނޫނަކުން، ޤާއިމުކޮށްފައިވާ ކޮންމެ ތަނަކަށްކިމަށާއަ އަދ އެ މާއްދާގައި "ޓްރައިބިއުނަލި" ކަމުގައި ބުނެފައިވަނީ ދެ ފަރާތުގެ ދެމެދުގައި ނުވަތަ ގިނަ ފަރާތްތަކެއްގެ މެދުގައި ވަކިކަމަކާ ބެހޭގޮތުން ޚިލާފު އުފެދިފައިވާ ޙާލަތުގައި އެކަމމެދާ ވަކިގޮތެއް ކަނޑައެޅުމުގެ ބާރު ޤާނޫނުން ލިބިފައިވާ، އަދި ކޯޓެއްކަމުގައި ނުހިމެނޭ ކޮންމެ މުއައްސަސާއަކަށްކަން އެނގޭއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ )ހ( ގައި"މަދަނީ މައްސަލަތައް ބަލައި ހިންގާ އެންމެހާ ކޯޓުތަކުގެ މައްޗަށް މި ޤާނޫނު ހިނގާނެއެވެ" އަދ މި ޤާނޫނުގެ 3 ވަނަ މާއްދާގެ )ހ( ގައި"މ ޤާނޫނު ހިނގާނީ، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ކޯޓަށް ހުށަހެޅޭ މަދަނީމައްސަލަތަކގު މައްޗަށެވެ " މިފަދައިން ބަޔާންކޮށްފައިވާތީ، މަދަނީ އިޖުރާއަތުގެ ޤާނޫނަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލަތަކުގެ މައްޗަށް ހިނގާނެ ޤާނޫނެއް ނޫންކަމުން، އެ ޤާނޫނުގެ 61 ވަނަ މާއްދާގައި ބަޔާންކުރާ ޝަކުވާ ހުށަހެޅުމުގެ މުއްދަތަކީ މި މައްސަލައަށް ތަޠުބީޤުކުރެވިދާނެ މާއްދާއެއްކަމުގައި ނުބެލެވޭކަން. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު VTR/IJ/2022/63-200 )29 ޑިސެންބަރު 2022( "އިޖުރާއީގޮތުން ނިންމް ގޮތް"
9.2.ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ )ށގައ( ބަޔާންކޮށްފައިވާ މުއްދަތަށް އިބްރާހީމް ޢަލީ އިންކާރުކޮށްފައިވާއިރު، އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޑޮކިއުމެންޓް 2 ގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުމުގައި"މުސާރައިން އުނިކުރެވޭ ބައި، ޙާލަތު ރަނގަޅުވަމުންދާވަރަކުން އިޢާދަކުރަމުން ދާނެ ވާހަކަ ދަންނަވަމެވެ " މިފަދައިން ބަޔާންކޮށްފައިވުމުން، އިބްރާހީމް ޢަލީގެ މުސާރައިން އުނިކޮށްފައިވާ ފައިސާއަކީ އެ ފަރާތަށް ލިބިދެވޭނެ ފައިސާއެއްކަމުގައި އެ ފަރާތަށް ޤަބޫލުކުރުމުގެ އިހުތިމާލމު ޢިބާރާތަށް ބެލުމުންދޭހަކުރެވކަނޭ .
9.3.ބުނެވިދިޔަ ޤާނޫނުގެ 10 ވަނަ މާއްދާގެ )ހ( އާއި )ށ( އަދި 9 ވަނަ މާއްދާގެ )ހ( ގެ )1(ވަނަ ނަންބަރާއި، )ށ( އާއި )ނ( އަދި )ޅ(އަށް ރިޢާޔަތްކުރާއިރު، ކޮވިޑް-19ގެ ޙާލަތާ ގުޅިގެން މުވައްޒަފުންގެ އުޖޫރައިން މިންވަރެއް އުނިކުރުމުގައި ނުވަތަ އުޖޫރަ ދިނުމަށް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތު ފަސްކުރުމުގައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ އިޖުރާއަތުތަކެއް އެ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، އިބްރާހީމް ޢަލީގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ އެ ފަރާތަށް ލިބެންޖެހޭ އުޖޫރައިން ބައެއް ދިނުން ފަސްކުރުމަށްފަހު، ވަޒީފާއިން ވަކިވިއިރުވެސް އެ ބައި ލިބިފައިނުވާތީކަން ފާހަގަކުރެވޭކަމާއި، އިބްރާހީމް ޢަލީގެ ފަރާތުން އުޖޫރައިން ބައެއް ދިނުން ފަސްކުރުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ 9 ވަނަ މާއްދާއާޚިލާފަށކަމަށް މައްސަލައިގެތެރެއި ނ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިހާރު ނެތްނަމަވެސް، އިބްރާހީމް ޢަލީގެ ފަރާތުން ހޯދުމަށް އެދިފައިވާ އުޖޫރައަކީ އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދޭންޖެހި ނުދީވާ އުޖޫރައަކަށް ވުމުގެ އިހުތިމާލު އޮތްކަން.
9.4.އިބްރާހީމް ޢަލީގެ ފަރާތުން މައްސަލަ ހުށަހެޅިއިރު، ގަވާއިދު ނަންބަރު 2022/R-14 )ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދު( )މީގެ ފަހުން "ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދު"(ގ 19 ވަނަ މާއްދާގެ )ހ( އޮތް ގޮތަށް ބަލާއިރު، ވަޒީފާއގުޅާ މައްސަލައެއް ނުވަތަ ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ޤާނޫނު ނަންބަރު 2020/20 ޤާނޫނު ނަންބަރު 2020/20 ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 6 )ހައެއް( މަސްދުވަހުގެ ތެރޭގައު މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންޖެހޭނެކަމާއި، އެހެނަސް އުޖޫރައާއި ގުޅޭ މައްސަލަތައް އެ މާއްދާގައި ބަޔާންކުރާ 6 )ހައެއް( މަސްދުވަހުގެ މުއްދަތު ފާއިތުވުމަށްފަހުވެސް ހުށަހެޅިދާނެކަމުގައި ބަޔާންކޮށްފައިވާކަމާއި، އަދި އެ މާއްދާގެ )ށ( ގައި ޤާނޫނަކުން ނުވަތަ ޤަވާޢިދަކުންވަކި ބާވަތެއްގެ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް މުއްދަތެއް ކަނޑައަޅާފައިވާނަމަ، އެފަދަ މައްސަލަތަކުގައި މައްސަލަ ހުށަހެޅުމުގެ މުއްދަތެއްކަމުގައި ބަލަންވާނީ އެ ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި ކަނޑައަޅާފައިވާ މުއްދަތުކަމަށް ބަޔާންކޮށްފައިވާކަމާއި، މި ޙާލަތުގައި، އުޖޫރައިން ދިނުން ފަސްކުރި ބައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 19 ވަނަ މާއްދާގެ )ހ(ގައި ބަޔާންކޮށްފައިވާ މުއްދަތުކަމަށް ފެންނަކަން.
10ވަޒީފާއާބެހޭ ޓްރައިބިއުނަލގް ނަންބަރު 200-VTR/IJ/2022/63 )29 ޑިސެންބަރު 2022( "އިޖުރާއީގޮތުނ ނިންމި ގޮތް" އެ ޓްރައިބިއުނަލް އިން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ،އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް އަރާކިސެޕްރައިވެޓް ލިމިޓެޑގް ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވ 03 )ތިނެއް( އިސްތިއުނާފީ ނުކުތާތަކެވެ.
10.1. ވަޒީފާއާބެހޭ ޓްރައިބިއުނަލނު އިޖުރާއީގޮތުން ނިންމި ނިންމުމުގައި ކޮވިޑް- 19އާ ގުޅިގެން އުޖޫރައިން އުނިކޮށްފައިވާ ބައި އަނބުރާ ހޯދުމަށް އެދިފައިވާ ޝަކުވާއަކީ މައުޟޫއީގޮތުން ގޮތެއް ނިންމަންޖެހޭ ޝަކުވާއެއްކަމަށް ކަނޑައަޅާފައިވަނީ، ހުށަހެޅިފައިވާ ދަޢުވާ ފޯމުގެ ސީޣާގައި އިބްރާހީމް ޢަލީގެ ފަރާތުން އެދިފައިނުވާ ކަންކަމުގެ މައްޗަށް ބިނާކޮށްގެންކަމަށްވުމުން، މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 ޤަޟިއްޔާއާއިދިވެހިރާއްޖޭގެ ހައިކޯޓުގ ނަންބަރު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު 2010/HC-A/47 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
10.2. ވަޒީފާއާބެހޭ ޓްރައިބިއުނަލނު އިޖުރާއީގޮތުން ނިންމި ނިންމުމުގައި ކޮވިޑް- 19އާ ގުޅިގެން އުޖޫރައިން އުނިކޮށްފައިވާ ބައި އަނބުރާ ހޯދުމަށް އެދިފައިވާ ޝަކުވާއަކީ މައުޟޫއީގޮތުން ނިންމަންޖެހޭ ޝަކުވާއެއްކަމަށް ބަޔާންކޮށް ނިންމާފައިވާ ނިންމުމަކީ، އަރާކިސް ޕްރައިވެޓް ލިމިޓެޑަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ )ށ(ގެ ދަށުން ލިބިދީފައިވާ ޙައްޤަށް އުނިކަން ލިބޭގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
10.3. ވަޒީފާއާބެހޭ ޓްރައިބިއުނަލނު އިޖުރާއީގޮތުން ނިންމި ނިންމުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައަށް ނުހިނގާނެކަމަށް ކަނޑައަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ )ހ( އާއި ޤާނޫނު ނަންބަރު 2011/4 )މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ( )މީގެ ފަހުން "މާނަކުރުމުގެ ހަމަތައް ބަޔާންކުރުމގު ޤާނޫނު(ގެ 6 ވަނަ މާއްދާ އަދި 17 ވަނަ މާއްދާއާ ޚިލާފަށްކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.
11ފުރަތަމް އިސްތިއުނާފަ ނުކުތާ ތަފްޞީލްކުރަމުނ އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ އިބްރާހީމް ޢަލީ ހުށަހަޅާފައިވާ ޝަކުވާގައި މުސާރައިން އުނިކުރުމަށް އެދިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެދިފައިވަނީ އޭނާގެ ރުހުމަކާއ ނުލައި ކުރި ޢަމަލުގެ މައްޗަށް ބިނާކޮށްގެންކަން މައްސަލަ ހުށަހެޅި ފޯމުން އެނގޭކަމާއި، މި ފޯމުގައި އިބްރާހީމް ޢަލީގެ މުސާރައިން އުނިކޮށްފައިވާ ފައިސާއަކީ ފަހުން އަނބުރާ ދިނުމަށް ފަސްކުރެވިފައިވާ ފައިސާއެއްކަމަށް އިބްރާހީމް ޢަލީގެ ފަރާތުން ދަޢުވާކޮށްފައިނުވާކަމެވެ. އެހެނަސް، މިއީ މުސާރައިން ދިނުމަށް ފަސްކުރެވިފައިވާ ފައިސާއެއްކާމަށް އިފްތިރާޟުކޮށް އަދި މި އިފްތިރާޟްގ މައްޗަށް ބިނާކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގޮތެއް ނިންމާފައިވާކަމުގައި އިސްތިއުނާފުކުރ ފަރާތުން ބުނެފައިވާކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2013/SC-A/44 މޯލްޑިވްސް އެއަރޕޯޓްސް އަޙްމަދު ޝަމީމް ވ. މުޙައްމަދު ވަޙީދު ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދުޤަޟިއްޔާގައި ކޯޓުން ފައިސަލާކުރަންވާނ ޚަޞްމުންގެ ފަރާތުން ހުށަހަޅާފައިވާ ވާޤިއާތަކުގެ މައްޗަށް ބިނާކޮށް ފައިސަލާކުރުމަށް އެދިފައިވާ ކަންތައްތަކަށް ކަމުގައި ކަނޑައަޅާފައިވާކަމަށާއި، އަދި މި އުޞޫލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/47 އަޙްމަދު ޝަމީމް ވ. މުޙައްމަދު ވަޙީދު ޤަޟިއްޔާގައިވެސްބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން، މައްސަލައިގެ ސީޣާގައި އިބްރާހީމް ޢަލީގެ ފަރާތުން ބަޔާންކޮށްފައިނުވާ ކަމެއްގެ މައްޗަށް ބިނާކޮށީ، މާ މައްސަލައަކީ ފަސްކޮށްފައިވޫމުސާރައިންޚުޞމާތެއ ހިމެނޭ މައްސަލައެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އިސްވެ ބަޔާންކުރަނިވި ކޯޓުތަކުގެ ނިންމުންތަކާއި ޚިލާފަށްކަމަށެވެ.
12ދެވަނަ އިސްތިއުނާފެ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިޖުރާއީ ނުކުތާގެ ރައްދުގައި މުސާރައިން ވަކި ބައެއް އުނިކުރުމާއި ގުޅިގެން އަރާކިސް ޕްރައިވެޓް ލިމިޓެޑނު 18 މާރިޗް 2020ގައި ނެރެފައިވާ ނޯޓިސްގައި ކޮވިޑް- 19 އާއި ގުޅިގެން އުނިކުރެވޭ ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއްކަމަށް އިބްރާހީމް ޢަލީއަށް މާނަކުރެވިފައިވާކަމަށ އިބްރާހީމް ޢަލީ ބުނިފައިވާ ބުނުމަށް އެކަން ރިޢާޔަތްކޮށް،އެއަށް ޖަވާބުދާރީވުމުގެ ފުރުޞަތު އަރާކިސް ޕްރައިވެޓ ލިމިޓެޑށަ ދިނުމެއް ނެތި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅާފައިވާކަމަށާއި، މިއީ އިޖުރާއް އިޢުތިރާޟުގެ ތެރެއިން ބެލެވޭނީ ނުކުތާއެއް ނޫންކަމަށެވެ. އަދި މިއީ ބަހުސްކުރުމުގެ ފުރުޞަތު އޮތް ނުކުތާއެއްކަމުން، މިއަށް އަރާކިސް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދިނުމުގެ ފުރުޞަތު ލިބެންޖެހޭނެކަމަށާއި، މިއީ ޤާނޫނުއަސާސީގެ 42 ވަން މާއްދާގަ )ށ( ގައި ބަޔާންކުރާ ޙައްޤަށް އުނިކަން ލިބޭގޮތަށް ނިންމާފައިވާ ނިންމުމެއްކަމުގައި އަރާކސި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވެއެވެ.
13ތިންވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަން މާއްދާގަ )ހ( ގައި މަދަނީ ދަޢުވާއެއް އުފުލަންވާނެކަމަށް މި ބާބުގައި ބަޔާންކުރި މުއްދަތުތައް އެފަދަ ކޮންމެ ދަޢުވާއެއްގެ މައްޗަށ ހިނގާނެކަމަށާއެ އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 61 ވަނަ މާއްދާގައި ވަޒީފާއާބެހޭ އެންމެހާ ދޢުވާތައަ ހުށަހެޅުމަށް މުއްދަތް ކަނޑައަޅާފައިވުމުން، މި މާއްދާއަކީ ވަޒީފާއާބހެ ޓްރައިބިއުނަލަށް ހުށަހެޅޭ ވަޒީފާއާބެހޭ ދަޢުވާތައް ހުށަހެޅުމަށް ދީފައިވާ މުއްދަތު ގުނުމުގައި ތަޠުބީޤުކުރެވޭ މާއްދާއެއްކަމުގައި އަރާކިސް ޕްރައިވެޓް ލިމިޓެޑގް ފަރާތުން ބުނެފައިވެއެވެ. އަދި މިނޫން ގޮތަކަށް މާނަކުރުމަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤނޫނުގ 6 ވަނަ މާއްދާއާއި 17 ވަނަ މާއްދާގައި ބަޔާންކުރާ މަޤްޞަދަށް ބެލުމުގެ އުޞޫލާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ.
14އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވަނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 200-VTR/IJ/2022/63 )29 ޑިސެންބަރު 2022 ( އިޖުރާއީގޮތުން ނިންމި ނިންމުމަކީ ބާޠިލު ނިންމުމެއްކަމުގައި ކަނޑައަޅައިދިނުމަށާއި، އެ އިޖުރާއީ އިޢުތިރާޟު ބަލައި ގޮތެއް ނިންމުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ތަޙުވީލުކޮށްދިނުމަށެވެ.
15އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބުގައި އިބްރާހީމް ޢަލީގެ ފަރާތުން ބުނެފައިވަނީ މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ޖެހުނު ސަބަބަކީ އިބްރާހީމް ޢަލީގެ ރުހުމަކާނުލައި ފައިސ އުނިކޮށް، އެ ފައިސާއަކީ އަނބުރާ ލިބޭނެ އެއްޗެއްކަމަށް ބުނެ ވަޒީފާއިން ވަކިވެގީ ނ ދިޔައިރުވެސް އ ފައިސް ދީފައިނުވާތީކަމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިޖުރާއީ ނުކުތާއަށް ގޮތެއް ކަނޑައަޅާފައިވަނީ ޚަޞްމުން ހުށަހަޅާފައިވާ ވާޤިއާތުތަކާއި، އަދި އެދިފައިވާ ކަންތައްތަކަށް ބިނާކޮށްކަން ސާފުކޮށް އެނގޭކަމަށެވެ.
16އިސްތިއުނާފީ ދެވަނަ ނުކި ތާގެ ޖަވާބުގައި އިބްރާހީމް ޢަލީގެ ފަރާތުން ބުނެފައިވަނީ އަރާކިސް ޕްރައިވެޓު ލިމިޓެޑުން ހުށަހަޅާފައިވާ ދެވަނަ އިސްތިއުނާފީ ނުކުތާއަށް އިންކާރުކުރާކަމަށާއި، މ ޚުޞޫމާތު އުފަންވެފައިވަނީ އިބްރާހީމް ޢަލީ ވަޒީފާއިން ވަކިވަމުން، އެ ފަރާތަށް ޙައްޤުވާ ފައިސާ ދިނުމަ ށ އެދުމުން މި ފައިސާ ނުދިނުމުންކަމަށާއި، ވަޒީފާއިން ވަކިވުމާއި ހަމައަށްވެސް އިބްރާހީމް ޢަލީގެ ފަރާތުން ދެކެމުނ އައީ މި ފައިސާއަކީ އަނބުރާ ދޭނެ ފައިސް އެއްކަމަށެވެ. މި މައްސަލި ހުށަހަޅާފައިވަނީ މުސާރައިން ކަނޑާފައިވާ ފައިސާ، އަނބުރާ ދިނުމަށް ބުނެފައި، ނުދިނުމުގެ ސަބަބުންކަމަށާއި، އެއްވެސް ޙާލެއްގައި މިއް އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އިޖުރާއީ ހުށަހެޅުމާއި ގުޅިގެނ ނަގާފައިވާ އައު މައުޟޫއީ ނުކުތާއެއްނޫންކަމަށާއި، މައްސަލަ ހުށަހަޅާ ފޯމު ހުށަހަޅާފައިވަނީ، ރުހުމަކާ ނުލާ މުސާރައިން ފައިސް ކަނޑައި އެ ފައިސާ އަނބުރާ ދޭނެކަމަށް ބުނެ، ވަޒީފާއިން ވަކިވުމުންވެސ އ ފައިސާ އަރާކިސް ޕްރައިވެޓް ލިމިޓެޑުން ނުދިނުމުގެ ސަބަބުނކަމަށެވެ.
17އިސްތިއުނާފީ ތިންވަނަ ނުކުތާގެ ޖަވާބުގައި އިބްރާހީމް ޢަލީގެ ފަރާތުން ބުނެފައިވަނީ މަދަނީ އިޖުރާއެ ތުގ ޤާނޫނުގެ 61 ވަނަ މާއްދާއަކީ މި މައްސަލައަށް ތަޠުބީޤު ންކުރެވޭނ މާއްދާއެއްކަމަށްވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ޤާނޫނާއި އެއްގޮތަށް ކަމުގައި ދެކޭކަމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދގ 19 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވަނީ އުޖޫރައާ ގުޅުންހުރި މައްސަލަތައް އެ މާއްދާގައި ބަޔާންކުރާ 06 )ހައެއް( މަސްދުވަހުގެ މުއްދަތު ފާއިތުމަށްފަހ ހުށަހެޅިދާނެކަމަށާއި، މި މައްސަލަ އިބްރާހީމް ޢަލީގެ ފަރާތުނ ހުށަހަޅާފައިވަނަމި މުއްދަތުގެ ތެރޭގައި ކަމަށެވެ.
18އިބްރާހީމް ޢަލީގެ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-VTR/IJ/2022/63 )29 ޑިސެންބަރު 2022( އިޖުރާއީގޮތުން ނިންމި ނިންމުމަކީ ޤާނޫނާއި ޤަވާޢިދުތަކާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމުގައި ކަނޑައަޅައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭ
19އިރާކިސ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މ ނުކުތާގައި މައިގަނޑު ގޮތެއްގައި އެ ފަރާތުން ފާހަގަކޮށްފައިވަންވަޒީފާއާބެހޭ ޓްރައިބިއުނަލުން އިޖުރާއީގޮތުން ނިންމި ނިންމުމުގައި ކޮވިޑް-19އާއި ގުޅިގެނި އުޖޫރައިން އުނިކޮށްފައިވާ ބައި އަނބުރާ ހޯދުމަށް އެދިފައިވާ ޝަކުވާއަކީ މައުޟޫއީގޮތުން ގޮތެއް ނިންމަންޖެހޭ ޝަކުވާއެއްކަމަށް ކަނޑައަޅާފައިވަނީ، ހުށަހެޅިފައިވާ ދަޢުވާ ފޯމުގެ ސީޣާގައި އިބްރާހީމް ޢަލީގެ ފަރާތުން އެދިފައިނުވާ ކަންކަމުގެ މައްޗަށް ބިނާކޮށްގެންކަމުގައެވެ. އިބްރާހީމް ޢަލީގެ ފަރާތުނ ވަޒީފާއާބެހް ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ފޯމުގައި "އޭޕްރީލް 2020 އިން ފައްޓައިގެން މއ 2021ހަމައަށް މައްސަލަ ރައްދުވި ފަރާތުން ދިޔައީ މައްސަލަ ހުށަހެޅި ފަރާތުގެ މުސާރައިން އެކި މަސްމަހ އެކު އަދަދުން އެ ފަރާތުގެ ރުހުމަކ ނުލާ މުސާރައިން ފައިސާ އުނިކޮށްފައެވެ. އަދި މައްސަލަ ހުށަހެޅި ފަރާތުން ވަޒީފާއިން ވަކިވަމުން މި ފައިސާ އަނބުރާދިނުމަށ އެދުމުން މައްސަލް ރައްދުވާފަރާތުނ އެފައިސާ ދީފައެއްނުވެއެވެ." މިފަދައިންނެވެ. އަދި އެ ފަރާތުން އެދޭ ގޮތަކީ "މައްސަލަރައްދުވާ ފަރާތުން އޭޕްރީލް 2020އިން މެއި 2021އަށް މުސާރައިގެ ގޮތުގައި މައްސަލަ ހުށަހެޅި ފަރާތަށް ދޭންޖެހޭ ފައިސާގެ ތެރެއިން ނުދީވާ -44,075 މި މައްސަލަ ވީ އެންމެ އަވަސް ފުރުސަތެއްގައ ނިންމައިދިނުމަށެވެ." މިގޮތ ކަމުގައް އިބްރާހީމް ޢަލީ ހުށަހެޅި ހުށަހެޅުމުގައި ބަޔާންކޮށްފައިވެއެވެ.
20އިބްރާހީމް ޢަލީގެ ފަރާތުން "ރުހުމާނުލާ މުސާރައިން އުނިކޮށްފައިވާ ފައިސާ" ހޯދުމަށް އެދުމުން،އިޖުރާއީ ނުކުތާއެއް ނަގައި އަރާކިސް ޕެ ރައިވެޓ ލިމިޓެޑްގްފަރާތުނ ބުނެފައިވަން އިބްރާހީމް ޢަލީގެ ފަރާތުން އުނިކޮށްފައިވާކަމަށް ބުނެ ހޯދުމަށް އެދިފައިވާ ފައިސާއަކީ ކޮވިޑް-19އ ގުޅިގެނާ އުޖޫރައިން އުނިކުރެވުނު ފައިސާކަމަށެވެ. މީގެ ރައްދުގައި މުސާރައިން އުނިކުރެވުނު ފައިސާއަކީ ޙާލަތު ރަނގަޅުވަމް ންދާ ވަރަކުނު އިއާދަކުރެވޭނެ ފައިސާއެއްކަމުގައި އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނިކަމަށާއި، އަދި މި ބުނުން ޤަބޫލުކޮށް އެއަށް ބަރޯސާވެފައިވާކަމުގައި އިބްރާހީމް ޢަލީގެ ފަރާތުން ބުނެފައިވާކަން އެނގެއެވެ.
21ޕްރިސިޑެންސް 1އިބްރާހީމް ޢަލީގެ މުސާރައިން އުނިކުރެވިފައިވާ ފައިސާ ލިބިގަތުމަށް އެދޭ ކަމަށް ބުނެ އިބްރާހީމް ޢަލީގެ ފަރާތުން މައްސަލަ ހުށަހެޅިކަން ސާފެވެ. އަދި ހަމައެއާއެކު، މި ފައިސާއަކީ ކޮވިޑް-19އާ ގުޅިގެން އިބްރާހީމް ޢަލީގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ "މައްސަލަ ހުށަހަޅަ ފޯމު"ގ 7 ވަނަ ނަންބަރުގައި މިފަދައިން ފާހަގަކޮށްފައިވެއެވެ. އިބްރާހީމް ޢަލީގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ "މައްސަލަ ހުށަހަޅަ ފޯމު"ގ 9 ވަނަ ނަންބަރުގައި މައްސަލަ ހުށަހަޅާ ފަރާތުން އެދޭގޮތުގ 9.2ގައި މިފަދައިން ފާހަގަކޮށްފައިވެއެވެ. އިޖުރާއީ ނުކުތާގައި އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި ހުށަހެޅުމާއި، މި ހުށަހެޅުމާއި ގުޅިގެން އިބްރާހީމް ޢަލީގެ ފަރާތުން ދީފައިވާ ރައްދު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ "އިޖުރާއީގޮތުން ނިންމް ގޮތް" ގައި ބަޔާންކޮށްފައިވެއެވެ. އުނިކުރެވުނު ފައިސާކަމަށް އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތް ނ ބުން ބުނުމަށް އިބްރާހީމް ޢަލީ ރައްދު ދީފައިވަނީ މި ފައިސާ އަނބުރާ ދޭނެކަމަށް އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާތީ، އެކަނ އިބްރާހީމް ޢަލީ ޤަބޫލުކޮށް، އޭގެ މައްޗަށް އިބްރާހީމް ޢަލީ ބަރޯސާވެފައިވާކަމަށެވެ. ދެ ފަރާތުން ދައްކާފައިވާ ވާހަކަތްކުން، މި ފައިސާއާ ގުޅޭ ޚުޞޫމާތެއް އޮތްކަން އެނގެއެވެ. މި ފައިސާއަކީ އަނބުރާ ދިނުމަށް މުސާރައިނުއުނިކުރެވުނު ފައިސާއެއްތޯ، އެއީ ދެ ފަރާތުންވެސް އެއްބަސްވިގޮތްތޯ، މިއީ މައްސަލައިގެ ޚުޞޫމާތުއުފެދިފައިވާ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަންކަމުން، މިއަށް ޖަވާބެލިބިގެންދާނީ މައްސަލައިގެ މައުޟޫޢުގެ ތެރެއިން މިކަމާ ގުޅޭ ގޮތުން ވާހަކަދައްކައި، ޖަވާބުދާރީވުމުގެ ފުރުޞަތު ދެވި، އަދި ހެކި ހުރިނަމަ ހެކި ހުށަހެޅުމުގެ ފުރުޞަތު ދެވިގެންނެވެ.
22އިބްރާހީމަ ޢަލީގެ މުސާރައިން އުނިކުރެވިފައިވާ ފައިސާ ލިބިގަތުމަށް އިބްރާހީމް ޢަލ ގެ ފަރާތުން މައްސަލީ ހުށަހެޅިކަމާއި، އިބްރާހީމް ޢަލީގ މުސާރައިން އުނިކޮށްފައިވާ ފައިސާއަކީ ދޭންޖެހޭނެ ފައިސާއެއް ނޫންކަމުގައި އަރާކިސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވާތީ، މި މައްސަލައިގެ ޚުޞޫމާތް އުފެދިފައިވަނީ އިބްރާހީމް ޢަލީއަށް ޙައްޤުވާކަމަށް އެ ފަރާތެ ން ޤަބޫލުކުރާ ފައިސާ ލިބިފައިނުވާތީކަން އެނގިގެންދެއެވެ. އަދ މިއި މިމައްސަލައިގ މައުޟޫޢުގޭ ތެރެއިން ފައިސަލާކުރެވިގެންދާނެ ކަމަކަށްވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ނިންމާފައިވަނީ ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް އ މަރުޙަލާގައި ބަލަންޖެހޭ މިންގަނޑުން ބަލައިގެންކަމުގައި ޤަބޫލުކުރަމެވެ.
23މީގެ އިތުރުން، ވަޒީފާއާބެހޮޓްރައިބިއުނަލުން މި ނިންމުން ނިންމުމުގައި "އުނިކުރެވިފައިވާ އުޖޫރަ"އ ގުޅާ ގޮތުން ދެ ފަރާތުން ދެއްކި ވާހަކަތަކުގެ އިތުރުން، އަރާކިސް ޕްރައިވެޓް ލިމިޓެޑުން ޑކިއުމެންޓ 2 ގެ ގޮތުގައި ހުށަހަޅާފައިވް ލިޔުމުގައި "މުސާރައިން އުނިކުރެވޭ ބައި، ޙާލަތު ރަނގަޅުވަމުން ދާ ވަރަކުން އިއާދަކުރަމުނ ދާން ވާހަކަ ދަންނަވަމެވެ." ބަޔާންކުރާ ކުރުމަށްވެސީރިޢާޔަތްކޮށް، އިބްރާހީމް ޢަލީއަށ އަރާކިސ ޕްރައިވެޓް ލިމިޓެޑުން ދޭންޖެހި ނުދްވާ އުޖޫރެ އެއވާކަމުގިއިހުތިމާލު އޮތްކަމުގައް ފުރަތަމަ ނަޒަރުނ ބަލާފައިވަން ޚަޞްމުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ކަމަށްވުމުން، މި ނިންމުމަށް ވާސިލުވުމުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/47 އަޙްމަދު ޝަމީމް ވ. މުޙައްމަދު ވަޙީދު ޤަޟިއްޔާއާ ޚިލާފުވެފައިވާކަމުގައި ނުދެކެމެވެ.
24ދެވަ ނ އިސްތިއުނާފަ ނުކުތާ މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ މުސާރައިން ވަކި ބައެއް އުނިކުރުމާއި ގުޅިގެން އަރާކިސް ޕްރައިވެޓް ލިމިޓެޑނު 18 މާރިޗް 2020ގައި ނެރެފައިވާ ނޯޓިސްގައި ކޮވިޑް- 19އާއި ގުޅިގެން އުނިކުރެވޭ ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއްކަމަށް އ ބްރާހީމ ޢަލީއަށް މާނަކުރެވިފައިވާކަމަށ އިބްރާހީމް ޢަލީ އިޖުރާއީ ނުކުތާގެ ރައްދުގައި ބުނެފައިވާ ބުނުމަށް އެކަނ ރިޢާޔަތްކޮށް،އެއަށް ޖަވާބުދާރީވުމުގެ ފުރުޞަތު އަރާކިސް ޕްރައިވެޓް ލިމިޓެޑަށް ދިނުމެއިނެތި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅާފައެވާކަމަށާއި، މިއީ އިޖުރާއީ އިޢުތިރާޟުގެ ތެރެއިނަ ބެލޭވެނެ ނުކުތާއެއް ނޫންކމަށަ ބުން ބުނުމުގެ މައްޗަށެވެ.
25ޕްރިސިޑެންސް 2ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދާގައ އިޖުރާއީ ނުކުތެ ނެގޭނެގޮތާއި، އެއާ ގުޅޭ ގޮތުން ޢަމަލުކުރާނެ އުޞޫލު އ ޤަވާޢިދުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ނެގޭ އިޖުރާއީ ނުކުތާއަކާ ގުޅިގެން، އިޖުރާއީ ނުކުތާ ނަގާ ފަރާތް ފިޔަވައި މައްސަލައިގައި ހިމެނޭ އަނެއް ޚަޞްމަށް އެ އިޖުރާއީ ނުކުތާއަށް ޝަފަހީގޮތުނ ނުވަތް ލިޔުމުން ޖަވާބުދާރީވުމުގެ ފުރުޞަތުދީ، ގޮތެއު ނިންމާނީކަމުގައި ބަޔާންކުރެއެވެ.
26ޕްރިސިޑެންސް 3ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، އިޖުރާއީ ނުކުތާއެއް ނެގޭ ހިނދު، ޓްރައިބިއުނަލުން ނުވަތަ ޝަރީޢަތުންވެސް އެ އިޖުރާއީ ނުކުތާއާ ގުޅޭ ގޮތުން ނިންމާ ނިންމުމަކީ މައްސަލައިގެ މައުޟޫޢުގައި ގޮތް ނިންމުމގައ ބަލި މިންގަނޑަށް ހެކިތައް ހުށަހަޅައި، އެ ހެކިތައް ވަޒަންކޮށް ނިންމާ ނިންމުމުގެ ބަދަލުގައި، ޓްރައިބިއުނަލްގައި ނުވަތަ ޝަރީޢަތުގައި މައްސަލައިގެ މައުޟޫޢުގައި ހެކި ވަޒަންކޮށް ފައިސަލާކުރަންޖެހޭ މިންވަރަށް އޭގެ ތެރެއަށް ވަނުމުގެ ބަދަލުގައި، މަތި މަތިން އެ ވަގުތު ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ މައްޗަށ ބަލައި ނިންމާ ނިންމުމެކެވެ.
27ޕްރިސިޑެންސް 4މި މައްސަލައިގައި 08 ޖޫން 2023 ގައި ބޭއްވުނު އަޑުއެހުމުގައި ވަޒީފާއާބެހް ޓްރައިބިއުނަލްގައި އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންހުށަހެޅި އިޖުރާއީ ނުކުތާއާ ގުޅިގެން އިބްރާހީމް ޢަލީގެ ފަރާތުން ޖަވާބުދާރީވުމަށްފަހު އެކަމާ ގުޅިގެނ ވާހަކަ ދެއްކުމުގެ ފުރުޞަތު އަރާކިސް ޕްރައިވެޓް ލިމިޓެޑްއަށް ދެވުނުތޯ ސާފުކުރެވުނުހިނދު، އިޖުރާއީ ނުކުތާއާ ގުޅިގެން ވާހަކް ދެއްކުމުގެ ފުރުޞަތު ލިބުނުކަމަށްއަރާކިސ ޕްރައިވެޓް ލިމިޓެޑނު ބުނެފު އިވެއެވެ.ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވުއިޖުރާއީގޮތުން ނިންމި ނިންމުމަށް ބަލާއިރް،މައްސަލައިގެ އެހާތަނަށް ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން، އިބްރާހީމް ޢަލީގެ ފަރާތުނު ހޯދުމަށް އެދުން އުޖޫރައަކީ އަރާކިސް ޕްރައިވެޓް ލިމިޓެޑުން ދޭންޖެހާ ނދީވ އުޖޫރައަކަށްވުމުގެ އިހުތިމާލު އޮތްކަމަށްއ ހިނދު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބުރަވެވުން ނަމަވެސް، އ ކަމަށެ ފައިސަލާކުރަނިވި ނިންމުމެއް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިނުވާކަން އެނގެއެވެ. ލ ބެންޖެހ ނުލިބިވާކަމަށ ބުން އުޖޫރައަކީ މައްސަލައިގެ މައުޟޫޢުގައި ހިމެނޭ ކަމެއްކަމުން، މައްސަލައިގެ މައުޟޫޢުގެ ތެރެއިން މިކަމާ ގުޅިގެނ ބަހުސްކޮށް،މިކަމ ގުޅާ ގޮތުން ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުޞަތު އަދ އެއަށު މައުޟޫޢުގަތެރެއިން ޖަވާބުދާރީވުމުގެ ފުރޞތު އަދި ހުޅުވިފައި އޮތްކަމުގައި ދެކެމެވެ.މި މައްސަލައިގެ މައޟޫޢ ނިމިގެންދާއިރު،އުޖޫރައާގުޅޭ ގޮތުން އުފެދިފައިވާ ޚުޞޫމާތަށްގޮތެއް ކަނޑައެޅިގެނެ ދާނެތީއާއި، އިޖުރާއީގޮތުން ނިންމި ނިންމުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން އިޖުރާއީ ނުކުތާ ހުށަހަޅައި، އެއާ ގުޅޭ ގޮތުން ވާހަކަދެއްކުމުގެ ފުރުޞަތު ދީފައިވާކަން އެނގެން އޮތަތީ، އަރާކިސް ޕްރައިވެޓް ލިމިޓެޑަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ )ށ(ގެދަށުން ލިބިދީފައިވާ ޙައްޤަށް އުނިކަން ލިބޭގޮތަށް ނިންމުމެއް ނިންމާފައިވާކަމުގައި ނުދެ ކެމެވ.
28އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުނުހުށަހަޅަފައިވާ ތިންވަނަ އިސްތިއުނާފީ ނުކުތާއަކީ މަދަނީ އިޖުރާއަތުގެ ޤާނޫނ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައަށް ނުހިނގާނެކަމަށް ވަޒީފާއާބހެ ޓްރައިބިއުނަލުން ނިންމާފައިވަނީ އެ ޤާނޫނާއި ޚިލާފަށްކަމށ ބުން ހުށަހެޅި ނުކުތާއެވެ.
29ޕްރިސިޑެންސް 5މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 1 ވަނަ މާއްދާގައިވަނީ މި ޤާނޫނަކީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ އިޖުރާއަތުތަކާއި، އާންމު އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނުކަމަށެވެ. އަދި މި ޤާނޫނުގެ 2 ވަނަ މާއްދާގައިވަނީ މިއީ މަދަނީ މައްސަލަތައް ބަލައި ހިންގާ އެންމެހާ ކޯޓުތަކުގެ މައްޗަށް ހިނގާޤާނޫނެއްކަމަށވެ .މި ޤާނޫނު ހިނގާނީ، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ފަހު ކޯޓަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެމައްޗަށކަމަށާއް، މި ޤާނޫނުގެ މަޤްޞަދަކީ ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް އަދުލުވެރިކަމާއެކު، އެކަށީގެންވާ އަވަސް މިނެއްގައި ގޮތެއް ނިންމުމަށް މަގުފަހިކުރުންކަމުގައިވެސް މި ޤާނޫނުގައި ބަޔާންކުރެއެވެ.
30މި ޤާނޫނުގައި ޙަވާލާދެނީ މަދަނީ ދަޢުވާއަށް ކަމަށްވާއިރު، އަދްމިފަދ ދަޢުވާތައާ އުފުލެނީވެސް މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓަށް ހުށަހެޅޭ ދަޢުވާއެއް މެދުވެރިކޮށްކަމަށްވާއިރު، ދަޢުވާ ހުށަހަޅަން ކޯޓަށެ ހުށަހަޅް ދަޢުވާ ފޯމަކުންކަމާއި، މުދަނީ ދަޢުވާއެއް ފެށެނީ، މަދަނީ މައްސަލަތައް ބެލުމުގަ އިޚްތިޞާޞް ލިބިފައިވާ ކޯޓެއްގައި އެ ދަޢުވާއެއް އުފުލައި، ކޯޓުން އެ ދަޢުވާ ފޯމް ބަލައިގަތުމާ އެކުގައެވެ. މ ޤާނޫނުގައި "ކޯޓު" މާނަކޮށްފައިވަނީ "މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ދިވެހިރއްޖޭގަ ކޮންމެ ކޯޓކަ ށެވެ". މި ޤާނޫނުގައި "ޓްރައިބިއުނަލް" މި ލަފްޒު މާނަކޮށްފައެއްނުވެއެވެ. "ޓްރައިބިއުނަލް" މި ލަފްޒު މި ޤާނޫނުގައި ބޭނުންކޮށްފައިވަނީވެސް "އިސްތިއުނާފުކުރުން" މި ލަފްޒީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 4 ވަނަ މާއްދާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 89 ވަނަ މާއްދާއާއި 90 ވަނަ މާއްދާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 429 ވަނަ މާއްދާގެ )ށ( މާނަކުރުމުގައި ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ މަދަނީ މައްސަލައެއްގެ ޙުކުމެއް ނުވަތަ އެފަދަ ކޯޓަކުނ ކުރް އަމުރެއް ނުވަތަ އެނޫންވެސް ނިންމުމެއް، މަތީ މަރުޙަލާގެ ކޯޓަކަށް އިސްތިއުނާފުކުރުން ކަމުގައި ބަޔާންކުރުމަށާއި، ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞޭ ޞާ ބަޔާންކުރުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިޚްތިޞާޞްގައި ނުހިމެނޭ ވަޒީފާގެ އެއްބަސްވުންތަކާގުޅޭ ދަޢުވާތައް ހުށަހެޅުމުގައި، ހުށަހަޅާނެ ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓު ބަޔާންކުރުމަށާއި،ޓްރައިބިއުނަލްގެ ނިންމުންތައް ތަންފީޒުކުރުމަށް ހުށަހެޅޭނެ ކޯޓާއި އަދި ތަންފީޒުކުރުން ފަސްކުރެވޭނެގޮތް ބަޔާންކުރުމަށާއި، އަދި ދިވެހިރާއްޖޭގާހައިކޯޓަށ މައްސަލް އިސްތިއުނާފުކުރުމުގައި ޓްރައިބިއުނަލްގެ ނިންމުންތައް އިސްތިއުނާފުކުރެވޭނެކަނ ބަޔާންކުރުމަށް "އިސްތިއުނފުކުރުން" މި ބާބުގެ ދަށުންނެވެ.
31މީގެ ނ ފާހަގަކޮށްލަން ޖެހކަމަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ސަރަޙައްދީ އިޚްތިޞާޞް ލިބިގެންވާ ކޯޓުތަކަކީ ކޮބައިކަން ތަފްސީލުކޮށްދޭއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިޚްތިޞާޞް ހިމެނޭ މައްސަލަތައް މި މާއްދާގެ )ރ( ގެ )10( ވަނަ ނަންބަރުން އިސް ތިސްނާކޮށްފައިވ ކަމެވެ. ވަޒީފާއާބެހް ޓްރައިބިއުނަލްގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭ ވަޒީފާއާގުޅޭ އެއްބަސްވުންތަކާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް ޚާއްޞަކޮށްފައިވަނީ ވަޒީފާއަދާކުރާ ފަރާތް ޢާންމުގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ކޯޓަށެވެ.
32އަރާކިސް ޕްރައިވޓެ ލިމިޓެޑުން ބުނެފައިވަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 61 ވަނަ މާއްދާގައި ވަޒީފާއާބެހޭ މައްސަލަތައް ހުށަހަޅަންޖެހެނީ ވަޒީފާއިން ވަކިކުރިތާ ނުވަތަ ދަޢުވާކުރުމުގެ ޙައްޤު އުފަންވިތާ
03 )ތިނެއް( މަސްދުވަހުން ކަމަށާއި، މި މައްސަލައިގައް ދަޢުވާކުރުމުގެ ޙައްޤު އުފަންވެފައިވަނީ އިބްރާހީމް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 31 ވަނަ މާއްދާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ47 ވަނަ މާއްދާގެ )ރ(ގެ 10 ވަނަ ނަންބަރު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 363 )ހ( ވަނަ މާއްދާއާއި 364 ވަނަ މާއްދާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާއާއި 286 ވަނަ މާއްދާ ޢަލީގެ އުޖޫރައިން ފައިސާ އުނިކުރި ދުވަހުންކަމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 61 ވަނަ މާއްދާގައި ބުނާ މުއްދަތު ފާއިތުވެފައިވާކަމަށެވެ.
33މިފަދައިން އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނިނަމަވެސް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ރ(ގެ 10 ވަނަ ނަންބަރާއިއެކު، މި ޤާނޫނުގެ 61 ވަނަ މާއްދާ ކިޔުމުން، މި ޤާނޫނުގެ 61 ވަނަ މާއްދާ ޚާއްޞަވަނީ ކޯޓަށް ހުށަހެޅޭ ވަޒީފާއާގުޅޭ މައްސަލަތަކަށްކަން އެނގެއެވެ. އެހެނީ އަދިވެސް ސިފައިންނާއި ފުލުހުންނާ ގުޅޭ ވަޒީފާގެ މައްސަލަތަކަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިޚްތިޞާޞް ނުހިނގާތީ، މި މައްސަލަތައް ހުށަހަޅަންޖެހެނީ ކޯޓަކަށް ކަމަށްވެފައި، މި މާއްދާ ޚާއްޞަވަނީ ކޯޓަކަށް ހުށަހެޅޭ ވަޒީފާއާގުޅޭ މައްސަލަތަކަށެވެ.
34ޕްރިސިޑެންސް 7މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގައިވާ ޤާނޫނުގެ މަޤްޞަދަށް ބެލުމުގެ އުޞޫލާއި، މި ޤާނޫނުގެ 17 ވަނަ މާއްދާގައި ބުނާ ޤާނޫނެއް މާނަކުރުމުގައި، އެ ޤާނޫނެއެކުލަވާލި މަޤްޞަދާއި ހާސިލުކުރަން ބޭނުންވާ އަމާޒަށް ބަލައި، މަދަނީ އިޖުރާއަތުގެ ޤާނޫނު މާނަކުރާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ޢާންމު މަޤްޞަދަކީ ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް ޢަދުލުވެރިކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުންކަމާއި، އަދި މި ޤާނޫނުގެ އަސާސީ މަޤްޞަދަކީވެސް ޢާނމ މަޤްޞަދު ހާސިލުވާނެގޮތަށް ކޯޓުތަކާއި ޚަޞްމުން މަސައްކަތްކުރުމުގައ އިސް ވާޖިބެއް އަދާކުރުންކަމުގައ މި ޤާނޫނި ބަޔާންކުރެއެވެ.
35ޕްރިސިޑެންސް 6"ކޯޓި "އަދ "ޓްރައިބިއުނަލެ "ގ ދައުރާއި މާނަކުރުމުގައި ވަރަށް ބޮޑު ފަރަގެއް އެބަ އޮތެވެ. މިކަން ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން އެނގި، ކަށަވަރުވެއެވެ. ޤާނޫނުއަސާސީގެ 274 ވަނަ މައްދާގެ )ހ( ގައި"ކޯޓް" ކަމަށ ބުނެފައިވަނީ ފަނޑިޔާރަކު އިނދެގެން ނުވަތަ ފަނޑިޔާރުންތަކެއް ތިބެގެން ޝަރީޢަތްކުރުމަށް ޤާނޫނުއަސާސީން، ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނ(ގެ 2 ވަނަ މާއްދާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 4 ވަނަ މައްދާއާއި 5 ވަނަ މައްދާ ޤާއިމްކޮށްފައިވާ ކޮންމެ ތަނަކަށެވެ. އަދި ހަމަ މި މައްދާގައި "ޓްރައިބިއުނަލް" ކަމަށ ބުނެފައިވަނީ ދެ ފަރާތެއްގެ ދެމެދުގައި ނުވަތަ ގިނަ ފަރާތްތަކެއްގެ މެދުގައި ވަކިކަމަކާބެހޭ ގޮތުން ޚިލާފު އުފެދިފައިވާ ޙާލަތުގައި، އެކަމަކާމެދުވަކި ގޮތެއް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅުމުން، އެކަމަކާމެދު ވަކި ގޮތެއް ކަނޑައެޅުމުގެ ބާރު ޤާނޫނުން ލިބިފައިވާ، އަދި ކޯޓެއްކަމުގައި ނުހިމެނޭ ކޮންމެ މުއައްސަސާއަކަށެވެ.
36ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/23 މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގައި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ށގ( ދަށުން ކޯޓަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޤާނޫނުއަސާސީ މާނަކުރަން ޖެހިއްޖެ ޙާލަތުގައި، އެކަމެއް ކުރުމުގެ އިޚްތިޞާޞް ޓްރައިބިއުނަލަށް ލިބިގެންވޭތޯ ބެލުމުގައި، ޓްރައިބިއުނަލުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޤާނޫނުއަސާސީ މާނަކުރުމުގެ އިޚްތިޞާޞް ޓްރައިބިއުނަލްއަށް ލިބިދެވިފައިނުވާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ. އެހެންކަމުން ވަކި ކަމެއް ކުރުމުގެ ބާރު ކޯޓަށް ލިބިދީފައިވާކަން ޤާނޫނެއް ނުވަތަ ޤަވާޢިދެއްގައި ކަނޑައަޅާފައިވާނަމަ، އެކަމެއް ކުރުމުގެ އިޚްތިޞާޞްއާއި ހައިސިއްޔަތާއި ބާރު ލިބޭނީ ޝަރުޢީ ކޯޓަށެވެ.
37އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިޚްތިޞާޞް ހިމެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައ ހިނގަމުންދާ މައްސަލަތަކުގެ މައްޗަށްމަދަނީ އިޖުރާއަތުގެ ޤާނޫނަކީ ހިނގާނެ ޤާނޫނެއްނޫންކމުނަ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 61 ވަނަ މައްދާއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައިހިނގާ މައްސަލައަށް ޠަތުބީޤުކުރެވޭނެ މާއްދާއެއޭނޫންކަމުގައި ވަޒީފާއާބެހީ ޓްރައިބިއުނަލުން ނިންމާފައިވެ ނ މަދަނައިޖުރާއަތުގ ޤާނޫނގ ތަސައްވުރާއި އެއްގޮތަށް،އަދި އ ޤާނޫނުގެ މަޤްޞަދު ހާސިލުވާނެގޮތަށ ޤާނޫނުގް ހަމަތަކުގެ މަތިން ކަމުގައި ދެކެމެވެ.
38ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ގެ ރއުޔަށަ އަހުރެން ތާއީދު ކުރަމެވެ.
39ފަނޑިޔާރު ޙުޒައިފާ މުޙައްމދުގަ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
40މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ.އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32(ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ނ(
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ށ) (ސުޕްރީމް ކޯޓުގެ ޙަވާލާގައި)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 1، 2، 3 (ހ)، 4، 5، 31، 47 (ރ) (10)، 59 (ހ)، 61، 89، 90، 283، 286، 363 (ހ)، 364، 429 (ށ) ވަނަ މާއްދާތައް
- ޤަވާޢިދު ނަންބަރު 2022/R-14 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދު) ގެ 69 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާ އަދި 17 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2016/SC-A/23 (މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- ސުޕްރީމް ކޯޓުގެ 2013/SC-A/44 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު) - ތަފާތުކުރި
- ހައިކޯޓުގެ 2010/HC-A/47 (އަޙްމަދު ޝަމީމް ވ. މުޙައްމަދު ވަޙީދު) - ތަފާތުކުރި
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް