ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/171
އިބްރާހީމް ތައުފިޤު ވ. ޢަބްދުﷲ ލަޠީފު، 2017/HC-A/171
Ibrahim Thaufiqu v. Abdhuﷲ Lateefu 2017/HC-A/171 (2017/HC-A/171, High Court of the Maldives, 31 March 2021)
އިބްރާހީމް ތައުފިޤު ވ. ޢަބްދުﷲ ލަޠީފު
މައްސަލައިގެ ޚުލާޞާ
2013 މާރިޗު 1 ން 2016 އޭޕްރީލް 10 އަށް ކުލި އަދި ޖޫރިމަނާ 485,800 ރުފިޔާ ކަމަށް ކަނޑައަޅައި 5 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ދަޢުވާލިބުނު ފަރާތުގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
16 އަހަރަށް މަހަކު 12,000 ރުފިޔާއަށް ޢިމާރާތެއްގެ ބުރިއެއް ކުއްޔަށް ހިފި ފަރާތަށް 2012 ގައި ތަން ހުސްކުރުމަށް ޙުކުމްކުރިނަމަވެސް ތަން ޙަވާލުކުރީ 2016 އޭޕްރީލްގައެވެ. 2013 މާރިޗުން ފެށިގެން ތަން ޙަވާލުކުރި ދުވަހާ ހަމައަށް ކުލި އަދި ޖޫރިމަނާ ހޯދުމަށް ވެރިފަރާތުން ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ދަޢުވާކުރާ ފަރާތް ހާޟިރުނުވި ދުވަހު ދަޢުވާ ފޯމު ބާޠިލުނުކުރިކަމަށާއި، އިޖުރާއީ ނުކުތާތައް ބަލައިނުގަތް ސަބަބު ނޭންގިކަމަށާއި، ނިމުނު އެއްބަސްވުމެއްގެ ދަށުން ކުލި ނެގުމަކީ ޚިލާފުކަމަށާއި، ބަލިވެ ހާޟިރުނުވެވުނު ދުވަހެއްގައި ޣައިރު ޙާޟިރުގައި ނިންމިކަމަށާއި، ހެކިތަކަށް ރިޢާޔަތްނުކުރިކަމަށެވެ.
މައިގަނޑު ސުވާލު
ކުރީގެ ޙުކުމަކުން ނިމުމަކަށް ގެނެވުނު ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގައިވާ ކުލީގެ މިންވަރަށް، ތަން ހުސްނުކޮށް ހޭދަކުރި މުއްދަތަށް ކުލި އަދި ޖޫރިމަނާ ނަގައިދިނުމަކީ ޞައްޙަ ނިންމުމެއްތޯ؛ އަދި ޣައިރު ޙާޟިރުގައި ޙުކުމްކުރުމާއި، ދަޢުވާ ފޯމު ބާޠިލުނުކުރުމާއި، އިޖުރާއީ ނުކުތާތައް ބަލައިނުގަތުމުގައި ދަށުކޯޓުން ކުށެއް ހެދިތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ފަނޑިޔާރަށް ތަޤްދީރީ ބާރު ލިބިގެންވާކަމާއި، އިޖުރާއީ ނިންމުންތައް އިސްތިއުނާފުކުރެވޭނީ ފައިޞަލާކުރަނިވި ޙުކުމަށްފަހުކަމާއި، ތަން ހުސްކުރާ ދުވަހާ ހަމައަށް ކުލި ދޭންޖެހޭކަމާއި، ހާޟިރުނުވެވޭ ސަބަބުގެ ލިޔުމެއް ކޯޓަށް ނުލިބޭކަމާއި، ރިޢާޔަތްނުކުރާ ހެކި ތަފްޞީލުނުކުރާކަމެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަށުކޯޓުން ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނުމަކުން އިސްތިއުނާފުގެ މިންގަނޑު ހަމަނުވާނެއެވެ؛ ޤާނޫނީ ގޯހެއް ނުވަތަ ހެކިތަކަށް ރިޢާޔަތްނުކުރާކަމަށް ބުނާނަމަ، އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11-12، 19-20)
- ޝަރީޢަތުގައި ހިނގާ މައްސަލަތަކުގައި، ޚާއްޞަކޮށް އިސްތިއުނާފީ މަރުޙަލާގައި، ސިޓީގެ ގޮތުގައި ބަޔާން ހުށަހަޅައި ބަލައިގަތުމުގެ ޢާންމު އިޖުރާއަތެއް ނެތެވެ؛ ފާހަގަކުރަން ބޭނުންވާ ކަންތައް ފާހަގަކުރަންވާނީ އަނެއް ފަރާތަށް ޖަވާބުދާރީވެވޭ ގޮތަށް ޝަރީޢަތުގެ މަޖިލީހުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- ދަޢުވާކުރާ ފަރާތް ހާޟިރުނުވެ، ދަޢުވާލިބޭ ފަރާތުން ވަކި ގޮތަކަށް ޢަމަލުކޮށްދިނުމަށް އެދިފައިވާ ޙާލަތުގައި، ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށް މައްސަލައިގައި ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމަކީ މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ (discretionary) ބާރެކެވެ؛ ކަންހިނގި ގޮތް ދަޢުވާލިބޭ ފަރާތަށް ސާފުކޮށްދީފައިވާ ޙާލަތުގައި މައްސަލަ ބާޠިލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ޝަރުޢީ ކޯޓުތަކުގައި ނެގޭ އިޖުރާއީ ނުކުތާތަކާ ގުޅިގެން ކަނޑައަޅާ ކަނޑައެޅުންތައް ޢާންމު އުޞޫލެއްގެ ގޮތުން އިސްތިއުނާފުކުރެވޭނީ މައުޟޫޢީ ގޮތުން ފައިޞަލާކުރަނިވި ޙުކުމެއް އިއްވުމުން، އެ ޙުކުމެއް އިސްތިއުނާފުކުރެވޭ ޙާލަތުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- ތަން ވަކި ދުވަހެއްގެ ތެރޭގައި ހުސްކުރުމަށް (ޝަރީޢަތުން ނުވަތަ ވެރިފަރާތުން) އަންގާފައިވަނިކޮށް ތަން ޙަވާލުނުކުރާނަމަ، ކުއްޔަށް ހިފި ފަރާތުގެ ތަކެތި ނެރެ ތަން ހުސްކުރާ ދުވަހާ ހަމައަށް ކުލި ކުއްޔަށް ހިފި ފަރާތުން ދޭންޖެހެއެވެ؛ ކުރީގެ ޙުކުމަށް ޢަމަލުނުކޮށް ހޭދަކުރި މުއްދަތަށް ކުރިން އެއްބަސްވެފައިވާ ކުލީގެ މިންވަރަށް ބަދަލު ގެނެސް މިޘްލީ ކުއްޔެއް ކަނޑައަޅަންޖެހޭ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- ކޯޓަށް ހާޟިރުވުމުގެ އަމުރު ލިބި، މަޤްބޫލު އުޛުރެއް ނެތި ދަޢުވާލިބޭ ފަރާތް ހާޟިރުނުވެއްޖެނަމަ، އޭނާގެ ޣައިރު ޙާޟިރުގައި ގޮތެއް ނިންމުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ؛ ހާޟިރުނުވެވޭ ސަބަބުގެ ލިޔުމެއް ކޯޓަށް ލިބިފައި ނުވާނަމަ ޣައިރު ޙާޟިރުގައި ޙުކުމްކުރުމަކީ ޚިލާފު ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ކުއްޔަށް ދީފައިވާ ތަނުގެ ވެރިފަރާތާއި ތިންވަނަ ފަރާތަކާ ދެމެދު ވެފައިވާ އެއްބަސްވުމާ ގުޅޭ ޝަރީޢަތުގެ ނިންމުމަކުން، ކުއްޔަށް ދިން ފަރާތާއި ކުއްޔަށް ހިފި ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފި ފަރާތު އުފުލަންޖެހޭ ޒިންމާތައް ނަފީއެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
ޙުސައިން ޝަހީދު ތާއީދުކުރައްވައެވެ. ދަޢުވާގެ ޚުލާޞާ:
1މިއީ، ސިވިލް ކޯޓު ގެ ނަންބަރު C/2016-Cv/1894 ޤަޟިއްޔާ އކޯޓުނެ ނިންމަވާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞލތަކާ ޚިލާފަށްކަމަށް ބުނެ ދަފްތަރު ނަންބަރު 2894، އިބްރާހީމް ތއަފީޤގު ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ގދ.ތިނަދޫ / ލަވްނެސްޓް، ޢަބްދުﷲ ލަޠފީ އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
3[…] ޢަބްދުﷲ ލަޠީފް ބިނާކޮށްފައިވާ 07 ބުރީގެ ޢިމާރާތުން އެ ޢިމާރާތުގެ 3 (ތިނެއް) ވަނަ ބުރި (2 ކޮޓަރި، 2 ފާޚަނާ، 1 ސިޓިންގ ރޫމް އަދި ބަދިގެ) ކުއްޔަށް ދިނުމަށް ޢަބްދުﷲ ލަޠީފް އާއި ދަފްތަރު ނަންބަރު 2894 / އިބްރާހީމް ތއަ ފީޤު އާދެމެދު 13 ޖަނަވަރީ 2009 އެއްބަސްވުމެއް ވެވުނެވެ.
4މިއެގްރީމަންޓްގެ ދަށުން 01 ފެބްރުއަރީ 2009 އިން ފެށިގެން 16 އަހަރުގެ މ އްދަތަށ އިބްރާހީމް ތައުފީޤު ތަން ކުއްޔަށް ހިފާފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން ތަނުގެ ކުއްޔަކީ މަހަކު -/12,000ރ. (ބާރަހާސް) ދިވެހި ރުފިޔާއެވެ. މިފައިސާ ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުއްޔަށްދޭ ފަރާތާއި ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކާއި ނަގުދު ފައިސާއިން ނުވަތަ ކުއްޔަށް ހިފާ ފަރާތުގެ ބޭންކް […] އާމިނަތު ރިފްޢަތުއާއި ޢަބްދު ﷲ ލަޠީފްއާ ދެމެދު 20 ޖަނަވަރީ 2008 ގައި ވެވިފައިވާ އެއްބަސްވުމެއްގެ ދަ ށުނ ޢިމާރާތްކޮށް ތަން ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުމުގެ ޙައްޤު ޢަބްދުﷲ ލަޠީފެއް ލިބިފައިވާ ޢިމާރާތެއް ކުއްޔަށްދިނުމާއި، ހިފުމާއިބެހޭ އެއްބަ ސްވުން. އެކައުންޓެއްގެ ޗެކަކުން ޙަވާލުކުރަނޖެހެއެވް . އަދި މިމުއްދަތުގައި ކުލީގެ ފައިސާ ޙަވާލު ނކޮށްފިނަމު އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް -/50 (ފަންސާސް ރުފިޔާ) ކުލީގެ ތެރެއަށް އިތުރު ވެއެވެ.
5މިއެއްބަސްވުމުގެ ދަށުން ތަނުގައި އިބްރާހީމް ތައފީޤުއާއި އޭނަގެ އަނބިދަރިން ދިރިއުޅމުންދިޔައިރު ތަނުގެ ކުލި ގަވާއިދުން ދައްކާފައިނުވެއެވެ. އެހެންކަމުން މިތަން ހުސްކުރުމަށާއި ކުލި ލިބިގަތުމަށް އެދި ޝަރުޢީ ކޯޓުތަކަށް ދަޢުވތައާ ހުށަހެޅިފައިވެއެވެ. ތިރީގައިވާ ތާވަލުން ޝަރުއީ ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތަފްސީލް ދައްކުވައިދެއެވެ. ޤަޟިއްޔާ ޙުކުމް ކުރެވުނު ގޮތް އިތުރު ތަފްސީލް 01 1/201C-Cv/687 20 މެއި 2012 އިން ފެށިގެން 30 ދުވަހުގެ ހައިކޯޓގު 2012/HC-A/186 ތެރޭގައި ތަން ޙަވާލުކުރުމަށް ޤަޟިއްޔާއިން ތާއިދުކޮށްފައި ސުޕްރީމް ކޯ ޓުގެ 1A/2-SC/2013 ޤަޟިއްޔާއިން ތާއިދުކޮށް 02 /2011C-Cv/1338 5 މަސް ދުވަހުގެ ކުލި ދައްކަން - 03 /2012C-Cv/143 8 މަސް ދުވަހުގެ ކުލި ހޯދުމަށް - 04 /2013C-Cv/618 1ފެބްރުއަރީ 2012 އިން ފެށިގެން 13 ހައިކޯޓުގެ A/188-HC/2014 މަސް ދުވަހުގެ ކުލި އަދި ޖޫރިމަނާ ޤަޟިއްޔާއިން ތާއިދުކޮށްފައި ނަގައިދިނުމަށް 05 16/20C-Cv/1894 މާރިޗް 2013 އިން ފެށިގެން ތަން ހުސްކުރި އިސްތިއުނާފުމިކުރެވޭ ޤަޟިއްޔާ ތާރީޚަށް ކުލި އަދި ޖޫރިމަނާ ލިބިގަތުމަށް
6މިގޮތުން ސިވިލް ކޯޓުގެ ނަންބަރު 2011/C-Cv/687 ޤަޟިއްޔާގައި، 20 މެއި 2012 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ތަން ހުސްކުރުމަށް އިބްރާހީމް ތއަ ފީޤު ގެ މައްޗަށް ޙުކުމްކުރިނަމަވެސް، އިބްރާހީމް ތައުފީޤު ގެ ފަރާތުން ތަން ހުސްކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައިވަނީ 10 އޭޕްރީލް - އެއްބަސްވުމުގެ 2 ވަނަ މާއްދާ. 2016 ގައެވެ. މިދޭތެރޭގައި ވޭތުވެދިޔަ 4 އަހަރު ދުވަހު އިބްރާހީމް ތއަ ފީޤު އެތަނުގައި އުޅެފައި ވަނީ ކުލި ދެއްކުމެއް ނެތި އެވެ.
7އެހެންކަމުން، ކުލި ނުދައްކާ ތަނުގައި ދިރިއުޅެ ފައިވާ މުއްދަތަށް ކުލި ހޯދުމުގެ ގޮތުން އިބްރާހީމް ތައުފޤުގީ މައްޗަށް ކުލި ލިބިގަތުމަށް އެދި ޢަބްދު ﷲ ލަޠީފް ޝަރުޢީ ކޯޓަށް މައްސަލަތައް ހުށަހެޅިއެވެ. އެ ގޮތުން، އެންމެ ފަހުން ހުށަހެޅި މައްސަލައިގައި ޢަބްދަ ﷲ ލަޠީފުގެ ފަރާތުން އެދިފައިވަނީ 01 މާރިޗް 2013 އިން ފެށިގެން ވޭތުވެދިޔަ 37 މަހާއި 15 ދުވަހުގެ ކުލީގެ ގޮތުގައި -/450,000ރ. (ހަތަރުލައްކަ ފަންސާސް ހާސް ރުފިޔާ) އާއި 10 މާރިޗް 2013 އިން ފެށިގނެ 15 އޭޕްރީލް 2016 ނިޔަލަށް ހަނި ގައިދިޔަ 1141 ދުވަހަށް ޖޫރިމަނާގެ ގޮތުގައި -/57,050ރ. (ފަންސާސ ހަތްހާސް ފަންސާސް) ރުފިޔާ ހޯދުމަށެވެ. އެއީ އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1894 ޤަޟިއްޔާއެވެ. ސިވިލް ކޯޓގު ނިންމުން:
8ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1894 ޤަޟިއްޔާ ނިންމާފައިވަނީ، ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި، މިމައްސަލައިގައި ހުށަހެޅިފައިވާ ބަޔާންތަކަށާއި، ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމުން، 01 މާރިޗް 2013 އނި ފެށިގެން 10 އޭޕްރީލް 2016 އަށް […] 03 ވަނަ ފްލޯރއަށްވާ ކުއްޔާއި ޖ ރިމަނާއަކީ -/800،485ރ. (ހަތަރުލައްކަ އަށްޑިހަ ފަސްހާސް އަށްސަތޭކަ ރުފިޔާ) ކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމުގައި ކަނޑައަ ޅައި، ބުނެވުނު -/800،485ރ. (ހަތަރުލައްކަ އަށްޑިހަ ފަސްހާސް އަށްސަތޭކަ ރުފިޔާ) ދަޢުވާކުރާ ގދ.ތިނަދޫ / ލަވްނެސްޓް، ޢަބްދުﷲ ލަޠީފް (ދރކ ނަންބަރު ) އަށް ލިބިދިނުމުގެ ގޮތުން 16 ނޮވެމްބަރު 2016 އިން ފެށިގެން 05 (ފަހެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ ފައިސާގެ މިންވަރަށްވުރެ މަދުން ން ފައިސާގެ އަދަދެއް މިކޯޓަށް ދައްކައި، މިފައިސާ ޚަލާޞްކުރުމށަ ދަޢވާލިބުނ ދަފްތަރު ނަންބަރު 2894/ މާލެ އިބްރާހީމް ތ އފީޤް (ދރކ ނަންބަރު ) އަށް އަންގައި، އިބްރާހީމް ތައުފީޤްގެ ޣައިރު ހާޟިރުގައި ޙުކުމް ކޮށްފީމެވެ. މިފަދައިންނެވެ.
9މިޙުކުމް ބިނާކުރި ސަބަބުތަކުގެ ތެރޭގައި ހިމެނެނަ
1.9. ސިވިލް ކޯޓުގެ ނަންބަރު C/2011-Cv/687 ޤަޟިއްޔާގައި ތަން ޙަވާލުކުރުމަށް އަންގާފައިވީނަމަވެސް އެތަން މޯލްޑިވްސް ޕޮލިސް ސަރވިސް އާ ޙަވާލުކޮށްފައިވަނީ 10 އޭޕްރީލް 2016 ގައި ކަން އިބްރާހީމް ތައުފީޤް ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޖަވާބުގެ 7.5 އިން އެނގތޭ މިއީ ތަނުގައި ކުލިނުދައްކައި އުޅެފައިވާކަމަށ ޟިމްނީގޮތުން ވެވޭ އއިތިރާފެއ ކަމުގައް ބެލެވޭކަމަށެވެ.
2.9. ތަން ޙަވާލުކޮށްފައިވަނީ 15 އޭޕްރީލް 2016 ގައި ކަމަށް ޢަބްދު ﷲ ލަޠީފް ބުނެފައިވީނަމަވެސް، އެކަން އެނގޭނެ ލިޔެކިޔުމެއް ނެތްކަމާއި، އެހެންކަމުން ތަން ޙަވާލުކުރި ތާރިޚްކަމަށް ބަލަންޖެހޭނީ އިބްރާހީމް ތައފީޤުގު ފަރާތުން ބުނެފައިވާ 10 އޭޕްރީލް 2016 ކަމަށް ބަލަންޖެހޭކަމަށެވެ.
3.9. ސިވިލް ކޯޓުގެ ނަންބަރު C/2011-Cv/687 ޤަޟިއްޔާއިން މިމައްސަލައިގައި ހިމެނޭ އެއްބަސްވުމަށް ނިމުމެއް ގެނެސްފައިވުމުންނާއި، އެފަހުން ދެފަރާތަށް އެއްބަސްވެވޭ ކުއްޔަކަށް އާދެވިފައިނުވުމުން މިޘްލީ ކުއްޔެއް ކަނޑައަޅައި ދިނުމަށް އިބްރާހީމް ތައުފީޤު އެދިފައިވީނަމަވެސް، އެޤަޟިއްޔާގެ ޙުކުމަށަ ޢަމަލުނުކޮށް އިބްރާހީމް ތައުފީޤް އެތަނުގައި ހޭދަކޮށްފައިވާ މުއްދަތަށް ކުރިން ދެފރާތުނަ އެއްބަސްވެފައިވާ މިންވަރަށް ބަދަލެއްގެނެސް ޝަރީޢަތުގެ ފަރާތުން މިޘްލީ ކުއްޔެއް ކަނޑައަޅަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
4.9. ސިވިލް ކޯޓުގެ ނަންބަރު C/2011-Cv/687 ޤަޟިއްޔާގެ ފަހުން ސިވިލް ކޯޓުގެ C/2011-Cv/1338، C/2012-Cv/143، C/2013-Cv/618 ޤަޟިއްޔާގައިވެސް މަހު ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1894 ފާހަގަކުރެވުނު ނުކުތާ 3 (ހ) ގެ އެންމެ ފަހު ޕެރެގްރާފް ކުލީގެ ގޮތުގައި ނަގައިދީފައިވަނީ 13 ޖަނަވަރީ 2009 ގައި އިބްރާހީމް ތައުފީޤު އާއް ޢަބްދުﷲ ލަޠީފްއާ ދެމެދުގައި ވެވިފައި އޮތް އެއްބަސްވުމުގެ ކުލިކަމަށެވެ.
5.9. 1 މާރިޗް 2013 އިން 10 އޭޕްރީލް 2016 އަށް ހިނގާފައިވަނީ 37 ( ތިރީސް ހަތެއް) މަހާއި 10 (ދިހައެއް) ދުވަސްކަމަށާއި މިމުއްދަތަށް ޖެހެނީ -/448,000ރ. ( ހަތަރު ލައްކަ ސާޅީސ އަށްހާސް ރުފިޔާ) ކަމަށެވެ.
6.9. 1 މާރިޗް 1320 އިން 10 އޭޕްރީލް 2016 އަށް ޖޫރިމަނާއަށް ޖެހެނީ -/37,800ރ. ( ތިރީސް ހަތް ހާސް އަށްސަތޭކަ) ރުފިޔާކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް
10ސިވިލ ކޯޓުގް ނަންބަރު 6C/201-Cv/1894 ޤަޟިއްޔާގައި ޙުކުމްކުރުމާއި ގުޅިގެން ހއިކޯޓުގައަ އަންނަނިވި އިސްތިއުނާފީ ނުކުތާތައް ފާހަގަކޮށް، އެ ނުކުތާ ތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ވާހަކަދައްކާފައި ވެއެވެ. މިގޮތުން ހުށަހެޅި ނުކުތާތަކަކީ؛
1.10. "ކޯޓަށް ހާޟިރު ވުމުގެ އަމުރު" ގައިވާ "ޚއާ ޞް އެންގުމުގެ" 05 (ފަހެއް) ވަނަ ނަންބަރުގައިވަނީ މަދަނީ މައްސަލައެއްގައި ދައުވާކުރާ ފަރާތުން (އެމައްސަލައެއްގައި) ކޯޓުން ކަނޑައަޅާ ގަޑިއަށް ދައުވާކުރާ ނުވަތަ ބަދަލު ހަމަޖައްސާފައިވާ ފަރާތުން ހާޟިރު ނުވެއްޖެނަމަ ދައުވާލިބޭ ފަރާތުން އެދިފައިވާ ގޮތަށް އެމައްސަލައިގެ ދައުވާ ފޯމް ބާޠިލްކުރުން ކަމުގައިވާތީ، އިބްރާހީމް ތައުފީޤް އެދިފައިވާ ގޮތަށް ދައުވާ ފޯމް ބާޠިލްކޮށްދީފައިނުވާ ކަމަށާއި، މިއީ ޤާނނއަސާސު އާއި، ޤާނޫނާއި ޚިލާފަށް ވަކި ފަރާތަކަށް ބުރަވެ ނިންމަވާފައިވ މައްސަލައެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
2.10. އިބްރާހީމް ތައުފީޤްގެ ފަރާތުން މިމައްސަލައިގެ ޙުކުމް ކުރުމުގެ ކުރިން ފާހަގަކޮށްފައިވާ އިޖުރާއީ ނުކުތާތައް ބަލައި ނުގަނެ، އަދި މައްސަލައިގެ އެ އިޖުރާއީ ނުކުތާތައް ބަލައިނުގަންނަން ނިންމި ސަބަބު އިބްރާހީމް ތައުފީޤަށް އަންގާފައިނުވުމަކީ އެއީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައިވާ އުޞލުތަކާއް ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
3.10. ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1894 ޤަޟިއްޔާގައި އިބްރާހީމް ތައު ފީޤުގެ މައްޗަށް ކުރި ދަޢުވާ ޘާބިތު ކުރުމަށް ހެއްކެއްގެ ގޮތުގައި ޢަބްދުﷲ ލަޠީފް ޝަރީއަތަށް ހުށަހަޅާފައިވާ […] 03 (ތިނެއް) ވަނަ ބުރި ކުއްޔަށް ދިނުމާއި ބެހޭގޮތުން 13 ޖަނަވަރީ 2009 ގައި އިބްރާހީމް ތައުފީޤއާ ޢަބްދުﷲ ލަޠީފާއި ދެމެދު ކުރިން ވެފައިވާ އެއްބަސް ވުމަކީ ސިވިލް ކޯޓުގެ ނަންބަރު C/2011-Cv/687 ގެ ޤަޟިއްޔާއިން ނިމުމަކަށް ގެންނަވާފައިވާ އެއްބަސްވުމަކަށް ވުމުގެ އިތުރަށް، އެއްބަސް ވުމަކީ 22 ފެބްރުވަރީ 2011 ވަނަ ދުވަހުން ފެށިގެން އުވިފައި (ނިމުމަކަށް ގެނެވިފައިވާ) އެއްބަސްވުމެއް ކަމުގައި ސިވިލް ކޯޓުގެ ނަންބަރު C/2011-Cv/765 ޤަޟިއްޔާ އާއި ގުޅިގެން 17 މެއި 2011 ގައި އިޢުތިރާފްވެ ސިވިލް ކޯޓަށް ބަޔާންދީފައިވާ ހިނދު ޝަރުޢީ ހަމަހަމަ ތަކުގެ މަތީން ބާޠިލްވެ ނިމުމަކަށް ގެނެވިފައިވާ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް އެ އެއްބަސް ވުމުގައި ބުނެފައިވާ އަގެއް ނުވަތަ ކުއްޔެއް ނަގައި ދިނުމަށް ނިންމެވި ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފު ނިންމެވުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4.10. ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1894 ގެ ޤަޟިއްޔާ އާއި 15 ނޮވެމްބަރ 2016 އަދި 20 ނޮވެމްބަރ 2016 މި ދެދު ވަހށ އަމުރް ފޮނުވާފައި ވަނިކޮށް، އިބްރާހީމް ތައުފީޤް ބަލިވެގެން ކޯޓަށް ޙާޟިރުވެވެން ނެތްވާހަކަ ބަޔާންކޮށް 15 ނޮވެމްބަރު 2016 ގައި ލިޔެ އެދުވަހުގެ ކުރިން […] ޢަލީ ޒާހިރުގެ ހަވާލުގައ ސިޓި އަކާއި ބަލިކަމުގެ މެޑިކަލް ސެޓްފިކެޓް ކޯޓަށް ހުށަހެޅުމުން އެ ދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ އަޑުއެހުން ކެންސަލް ކުރައްވައި ދެން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ 20 ނޮވެމްބަރ 2016 ގައި ކަމަށް ވިދާޅުވެ ފޯނުން އިބްރާހީމް ތައުފީޤަށް އެންގެވުމުން، އިބްރާހީމް ތައުފީޤަށް ފޮނުވި ކޯޓު އަމުރުގައިވާ ގޮތުގެ މަތީން 20 ނޮވެމްބަރ 2016 ގައި ކޯޓަށް ހާޟިރުވެ އެކޯޓ އަމުރު ޙަވާލު ކުރުމުން އިބްރާހީމް ތައުފީޤު ކޯޓަށް ޙާޟިރުވާން އަންގާފައިނުވާ ދުވަހެއް ކަމުގައިވާ 16 ނޮވެމްބަރ 2016 ގައި އިބްރާހީމް ތައު ފީޤުގެ ޣައިރު ޙާޟިރުގައި މައްސަލަ ނިންމާފައިވކަމަށް އިބްރާހާ މ ތައީ ފީޤު ދެއްވި ޖަވާބަކީ ޤާނނއަސާސީއާ ޤާނނާއު ޚިލާފު ނިންމެވުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5.10. C/2016-Cv/1894 ގެ ޤަޟިއްޔާ އާއި ގުޅިގެން ދިފއާ ގައު އިބްރާހީމް ތައުފީޤު ހުށަހަޅާފައިވާ ހެކި ތަކަކީ މައްސަލަ ނިންމެވުމުގައި އެ ހެކިތަކުގެ މައްޗަށް ފުރިހަމައަށް ރިޢާޔަތް ކުރެވެންޖެހޭ ހެކި ތަކަކަށް ވީ ހިނދު، އިބްރާހީމް ތައފީޤުގު ފަރާތުން ހުށަހަޅާފައިވާ ދިފާޢާ ހެކިތަކުގެ މައްޗަށް އެއްވެސް މިންވަރަކަށް ރިއާޔަތް ނުކުރައްވައި ވަކި ފަރާތަކަށް ބުރަވެ ނިންމެވި ނިންމެވުމަކީ މި ބާވަތުގެ މައްސަލަތައް މީގެ ކުރިން އިސްތިއުނާފީ ކޯޓުތަކުން ނިންމާފައިވާ ނިންމުން ތަކާއި މުޅިން ޚިލާފަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ނިންމެވި ނިންމެވުމެއް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
6.10. 19 މެއި 2015 ގައި ނިންމެވި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/25-SC/2013 ގެ ޤަޟިއްޔާއަށް ބަލާއިރު ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1894 ޤަޟިއްޔާ އާއި ގުޅިގެން ދިފާއުގައި އިބްރާހީމް ތައި ފީޤު ނަގާފައިވާ ނުކުތާތަކަކީ އެ ޤަޟިއްޔާގައި ޢަބްދުﷲ ލަޠީފް ކޮށްފައިވާ ދަޢުވާގެ މައުޟއާއ ގުޅިގެނި ޤާނޫނއަސާސީގު 42 ވަނަ މާއްދާގެ ދަށުން އދުލުވެރަ ގޮތުގައި ބައްލަވަން ޖެހޭ ނުކުތާ ތަކަށް ވީ ނަމަވެސް އެ ޤަޟިއްޔާ ނިންމެވުމުގައި އެ ނުކުތާތަކުގެ މައްޗަށް ބައްލަވާފައިނުވުން ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
11ޕްރިސިޑެންސް 1އިސްތިއުނާފީ މައްސަލަތަކުގައި ދަށު ކޯޓުން މައްސަލަ ނިންމުމުގައި މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީގޮތުން ގޯހެއް ހަދާފައިވާކަމަށް ބުނާބުނުމަކުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހައިކޯޓުގައި އިސްތިއުނާފުކުރަން ހުއްދަކުރާ މިންގަނޑު ވާސިލުނުވކަމަށާއާ ޤާނޫނީގޮތުން ގޯހެއް ހަދާފައިވާކަމަށް ބުނާނަމަ ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްނުކުރާކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ޤާނޫނީ - 2010/22 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ބަހުސަކީ ކޮބައިކަން އެނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް ބުނަންވާނެކަމަށް ސުޕްރީމް ކޯޓުގެ ޤަޟިއްޔާއިން އެކަށައަޅުއްވާފައިވެއެވެ.
12މިއުޞ ލ މިމައްސަލައަށް ތަޠބީޤުކުރުމަށު ބަލާއިރު މިމައްސަލައިގައި އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ދަށު ކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމުގައި ފާހަގަކުރާކުރުން ކަމާއި އެކަމުގައި ހިމެނޭ ޤާނޫނީ ބަހުޘު ފުރި ހަމައަށް ސާފުވާ މިންވަރަށް އިސްތިއުނާފީ ފޯމުގައި ބަޔާންކުރެވިފައިނުވާކަން ފާހަގަކުރެވެއެވެ.
13ޕްރިސިޑެންސް 2މިމައްސަލައާ ގުޅިގެން، މިކޯޓުގައ ބޭއްވުނު ޝަރީޢަތުގެ އަޑުއެހުން ތަކަށް ފަހު، އިސްތިއުނާފު ކުރާ އިބްރާހީމް ތައުފީޤު ގެ ފަރާތުން އިތުރަށް ދައްކަންޖެހޭ ވާހަކަތަކެއް ހުރި ކަމަށް ބުނެ ލިޔުމުން ހުށަހެޅުމުން، ތަކުރާރުކޮށް އަޑުއެހުންތައް ބޭއްވިފައިވާނެއެވެ. އަދި ފާހަގަކުރައްވާ އިތުރު އައު ވާހަކަ ތަކަކީ ކޮބައިކަން ތަފްސީލްކޮށްދިނުމަށ އެދުމުން އެކަން ސާފުކޮށްދެވިފައިނުވާކަން ފާހަގަކުރަމެވެ. އަދި، ޝަރީއަތުގައި ހިނގަމުންދާ މައްސަލަތަކުގައި، ޚާއްސަކޮށް އިސްތިއުނާފީ މަރުޙަލާގައި، ސިޓީގެ ގޮތުގައި ބަޔާން ހުށަހަޅައި ބަލައިގަތުމުގެ ޢާންމު އިޖުރާއަތެއް ޤާއިމުވެފައިނުވާކަމަށާއި އެފަދައިން ފާހަގަކުރައްވަން ބޭނުންވާ ކަންތައްތައް ޝަރީޢަތުގެ މަޖިލީހުގައި، އިސްތިއުނާފު ރައްދުވާ ފަރާތަށް ވެސް ޖަވާބުދާރވެނިވި ގޮތެއްގައި، ފާހަގަކުރުމަށް އިސްތިއުނާފު ކުރާ ފަރާތަށް ފުރުސަތުދެވިފައިވާނެއެވެ.
14މިމައްސަލައާ ގުޅިގެނާ އިބްރާހީމް ތައުފީޤުގެ ފަރާތުން ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
15ޕްރިސިޑެންސް 3ދަޢުވާ ކުރާ ފަރާތާ ޙާޟިރުނުވުމުން މައްސަލަ ބާޠިލްކުރުމަށް ދަޢުވާ ލިބޭ ފަރާތް އެދުމުން މައްސަލަ ބާޠިލްކޮށްފައިނުވުން ސުޕްރީމް ކޯޓުގެ ނަންބަރު A/09-SC/2019 ޤަޟިއްޔާގެ 14 ވަނަ ނުކުތާގައި.
1.15. އިބްރާހީމް ތައުފީޤް ފާހަގަކޮށްފައިވަނީ 06 އޮކްޓޯބަރު 2016 ވަނަ ދުވަހުގެ 9:30 އަށް އިބްރާހީމް ތައުފީޤު ކޯޓަށް ޙާޟިރުވި އިރު، މި މައްސަލައިގެ ދަޢުވާ ކުރާ ފަރާތުގެ ބަދަލުގައި ޙާޟިރު ވާންޖެހޭ ދަފްތަރު 1880، ޢަބްދުﷲ އަޙްމަދު އެ ދުވަހުގެ 9:30 އަށް ކޯޓަށް ޙާޟިރވެފައިނުވާކަމަށެވެ. އެހެންކަމުން ހަމަޖެހިފައިވާ ޤަވާއިދުން އެ މައްސަލައިގެ ދަޢުވާ ފޯމް ބާޠިލްކޮށް ދިނުމަށް އިބްރާހީމް ތައުފީޤް އެދިފައިވާނެކަމަށެވެ.
2.15. ''ކޯޓަށް މީހުންހާޟިރކުރުމުގައު ޢަމަލުކުރާނެ ގޮތުގެ ޤަވޢާ ދ'' ގ 29 ވަނަ މާއްދާގައި ދަޢުވާކުރާ ފަރާތް ކޯޓަށް ހާޟިރުނުވެއްޖެނަމަ ޢަމަލުކުރާނެގޮތް ބަޔާންވެގެންވެ އެވެ. އެ މާއްދާގެ ދަށުން ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޟިރުވުމުގެ އަމުރު ލިބި، މަޤްބޫލު އުޛުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާކުރާ ފަރާތުން ހާޟިރުނުވެއްޖެނަމަ، 03 ގޮތަކަށް ޢަމަލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އެއީ (1) އެ މައްސަލައިގައި ދަޢުވާ ލިބުނު ފަރާތުން ވަކި ގޮތަކަށް ކޯޓުން ޢަމަލުކޮށްދިނުމަށ އެދް ހުށަހަޅާފައި ނުވާނަމަ، އެ މައްސަލައެއް ބާޠިލްކުރުން. (2) އެ މައްސަލަގައި ދަޢުވާ ލިބުނު ފަރާތުން ވަކި ގޮތަކަށް ކޯޓުން ޢަމަލުކޮށްދިނުމަށް އެދި ހުށަހަޅާފައިވާނަމަ، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް މައްސަލަ ނިންމުން. (3) ޤާނޫނުލް އުޤބާތުގެ 88 (ހ) ގެ ދަށުން އެމީހެއް ޖ ރިމަނާ ކުރުމުގެ އަދަބު ކަނޑައެޅުމާއެކު މައްސަލަ ބާޠިލްކުރުން.
3.15. އިސްވެ ޙަވާލާދެވުނު ޤަވާޢިދުގައި ބަޔާންވެފައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު، މައްސަލައިގައި ދަޢުވާ ލިބުނު ފަރާތުން ވަކި ގޮތަކަށް ކޯޓުން ޢަމަލުކޮށްދިނުމަށ އެދް ހުށަހަޅާފައިވާނަމަ، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް މައްސަލައިގެ ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމަކީ އެ މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ )discretionary( ބާރއްކަނެ އެނގެން އޮވެއެވެ.
4.15. މިމައްސަލައިގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު ދަށު ކޯޓުގެ " މައްސަލަ ރެކޯޑް ޝީޓ" ގައި ލިޔެފައިވަނީ "ޑެއިލީ ޝީޓްގައ ގަޑި އޮޅިފައިވާތީ ޗިޓްގައިވާ ގަޑިއަށްވުރެ 15 މނެޓް ކުރނި ދައުވާކުރާ ޚާޟިރުވާންޖެހޭކަމަށބްލާ ހާޒިރުވެފައިނެތުމުން ޗުއްޓީއެއް/ ސިޓީއެއް ދަޢވާކުރު ފަރާތުން ލާފައިވޭތޯ ބެލުމަށްފަހު ބާޠިލްކުރާކަމުގައިވަނީނަމަ އަންގާނެކަމަށ ބުން ދައުވާ ލިބޭ ފޮނުވާލެވުނެވެ. ނަމަވެސް އޭގެ ވަގުތު ކޮޅެއް ފަހުން ދައުވާކުރާ ޙާޟިރުވުމުން ދައުވާ ލިބޭ އަށް ގުޅާ ކަން ހިނގގޮތި އޮޅުންފިލުވައިދީ އެފަރާތުން ބަޔާން ހުށަހަޅަންޖެހޭ ކަން އެންގުމުން ބަޔާން ތައްޔާރނުކޮށް އޮތްކަނު ފާހަގަކުރުމުން ދެން އޮންނަ ދުވަހަކަށް ބަޔާން ހުށަހަޅާގޮތަށް ދައުވާ ލިބޭ ފަރާތަށް ފުރުސަތު ދެވިފައިވާނެއެވެ."
5.15. އެހެންކަމުން މިމައްސަލައިގައި ކަންހިނގާފައިވާ ގޮތް އިބްރާހީމް ތައުފީޤަށް ސާފުކޮށްދެވިފައިވާކަމާއ އަދި މިހާލަތުގައި އިބްރާހީމް ތައުފީޤު އެދުން ފަދައިން މައްސަލަ ބާޠިލްކުރަނަ ޖެހޭ ޤާނޫނީ ސަބަބެއް އޮތް ކަމުގައި ނުދެކެމެވެ.
16ޕްރިސިޑެންސް 4އިޖުރާއީ ނުކުތާއަށް ނިންމި ގޮތް ލިޔުމުން ޙިއްސާކޮށްފައިނުވުން
1.16. އިބްރާހީމް ތައުފީޤު ގ މައްޗަށް ކުރި ދަޢުވާ އާއި ގުޅިގެން ޙުކުމުގެ ކުރިން އިބްރާހީމް ތައުފީޤު ނަގާފައިވާ އިޖުރާއީ ނުކުތާތައް، ބަލައި ނުގަންނަ ކަމުގައި ޖަވާބު ދެއްވިއިރު، އެ ނުކުތާތައް ބަލައު ނުގަންނަ ޝަރުޢީ އަދި ޤާނނ ސަބަބީ ޙުކުމު ކުރެއްވުމުގެ ކުރިން އަންގަވާފައި ނުވުމަކީ މި ދަޢުވާއިން ދިފާޢު ވުމަށް ކުރިމަތިވި ހުރަހެއް ނުވަތަ ގޮންޖެހުމެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.
2.16. އިބްރާހީމް ތައުފީޤު ގެ ފަރާތުން ނަގާފައިވާ އިޖުރާއީ ނުކުތާއަކީ ސިވިލް ކޯޓުގެ C/2016-Cv/534 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުން ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1894 ޤަޟިއްޔާ ކުރިއަށް ގެންދިޔުމަށް ހުރަސް އަޅާކަމަށްބުނެ ހުށަހެޅި ނުކުތާއެއްކަން އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.
3.16. ހަމަ އެނުކުތާގައި ސިވިލް ކޯޓުގެ C/2016-Cv/534 ޤަޟިއްޔގައާ ދަށުކޯޓުގައި ހިނގަމުންދާ މިމައްސަލަ ހިންގުމަށް އިޖުރާއީ ގޮތުން ހުރަހެއް އޮތް އެއްވެސް ކަމެއް ނިންމާފައިނުވާކމަށް ފާހަގަކޮށްފައިވެއެވެ.
4.16. ޝަރުޢީ ކޯޓުތަކުގައި ނެގޭ އިޖރާއު ނުކުތާތަކާ ގުޅިގެން ކަނޑައަޅާ ކަނޑައެޅުންތައް ޢާނަ މ އުޞ ލެއްގެ ގޮތުން އިސްތިއުނާފުކުރެވޭނީ އެމައްސަލައެއް އޮތް ކޯޓަކުން މައުޟޫޢީގޮތުން އެމައްސަލައެއް ބަލާ ފައިޞަލާކުރަނިވި ޙުކުމެއް އިއްވުމުން، އެ ޙުކުމެއް އިސްތިއުނާފުކުރެވޭ ޙާލަތުގއިކަމަށަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/01/2014 ސަރކިއުލަރގައި ބަޔާންކޮށްފައިވާއިރު، އިސްވެ ޙަވާލާދެވުނު އިޖުރާއީ ނިންމުން ބަލައި ނުގަންނަ ޝަރުޢީ އަދި ޤާނނ ސަބަބީ ޙުކުމު ކުރެއްވުމުގެ ކުރިން އަންގަވާފައި ނުވުމަކީ މި ދަޢުވާއިން ދިފާޢު ވުމަށް ކުރިމަތިވި ހރަހެއްކަމަށު ބަޔާންކުރުން ފިޔަވައި، އެ ނިން މުން ޚިލާފްވީ ގޮތެއް ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައިވެސް ފާހަގަކޮށްފައިނުވާކަނ އެނގެން އޮންނަކަމެވެ.
17ޕްރިސިޑެންސް 5ނިމުމަކަށް ގެނެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކުލި އަދި ޖޫރިމަނާ ނަގައިދިނުން
1.17. ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1894 ޤަޟިއްޔާގައި އިބްރާހީމް ތައުފީޤްގެ މައްޗަށު ކުރި ދަޢުވާ ޘާބިތު ކުރުމަށް ހެއްކެއްގެ ގޮތުގައި ޢަބްދުﷲ ލަޠީފް ޝަރީއަތަށް ހުށަހަޅާފައިވާ […] 03 (ތިނެއް) ވަނަ ބުރި ކުއްޔަށް ދިނުމާއި ބެހޭގޮތުން 13 ޖަނަވަރީ 2009 ގައި އިބްރާހީމް ތައުފީޤާއި ޢަބްދު ﷲ ލަޠީފާއި ދެމެދު ކުރިން ވެފައިވާ އެއްބަސްވުމަކީ ސިވިލް ކޯޓުގެ ނަންބަރު ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1894 ޤަޟިއްޔާ. ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1894 ފާހަގަކުރެވުނު ނުކުތާ 7 ވަނަ ނުކުތާ. C/2011-Cv/687 ޤަޟިއްޔާއިން ނިމުމަކަށް ގެންނަވާފައިވާ އެއްބަސްވުމަކަށް ވުމުގެ އިތުރަށް އެއްބަސް ވުމަކީ 22 ފެބްރުވަރީ 2011 ވަނަ ދުވަހުން ފެށިގެން އުވިފައި (ނިމުމަކަށް ގެނެވިފައިވާ) އެއްބަސްވުމެއް ކަމުގައި ސިވިލް ކޯޓުގެ ނަންބަރު C/2011-Cv/765 ޤަޟިއްޔާ އާއި ގުޅިގެން 17 މެއި 2011 ގައި އިޢުތިރާފްވެ ސިވިލް ކޯޓަށް ބަޔާންދީފައިވާ ހިނދު ޝަރުޢީ ހަމަތަކުގެ މަތނި ބާޠިލްވެ ނިމުމަކަށް ގެނެވިފައިވާ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް އެ އެއްބަސް ވުމުގައި ބުނެފައިވާ އަގެއް ނުވަތަ ކުއްޔެއް ނަގައި ދިނުމަށް ނިންމެވި ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފު ނިންމެވުމެއް ކަމަށް އިބްރާހީމް ތައުފީޤު ފާހަގަކުރެއެވެ.
2.17. ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1894 ޤަޟިއްޔާގައި ކުރީގެ އެއްބަސްވުމެއްގެ ދަށުން ކުލި ނަގައިދިނުމަށް ނިންމި ސަބަބު ބަޔާންކޮށްފައިވެއެވެ. އެގޮތުން ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2011/C-Cv/687 ޤަޟިއްޔާއިން މިމައްސަލައިގައި ހިމެނޭ އެއްބަސްވުމަށް ނިމުމެއް ގެނެސްފައިވުމުންނާއި، އެފަހުން ދެފަރާތަށް އެއްބަސްވެވޭ ކުއްޔަކަށް އާދެވިފައިނުވުމުން މިޘްލީ ކުއްޔެއް ކަނޑައަޅައި ދިނުމަށް އިބްރާހީމް ތައުފީޤު އެދިފައިވީނަމަވެސް، އެޤަޟިއްޔާގެ ޙުކުމަށް ޢަމަލުނުކޮށް އިބްރާހީމް ތައުފީޤް އެތަނުގައި ހޭދަކޮށްފައިވާ މުއްދަތަށް ކުރިން ދެފަރާތުން އެއްބަސްވެފައިވާ މިންވަރަށް ބަދަލެއްގެނެސް ޝަރީޢަތުގެ ފަރާތުން މިޘްލީ ކުއްޔެއް ކަނޑައަޅަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 2011/C-Cv/687 ޤަޟިއްޔާގެ ފަހުން ސިވިލް ކޯޓުގެ C/2011-Cv/1338، C/2012-Cv/143، C/2013-Cv/618 ޤަޟިއްޔާގައިވެސް މަހު ކުލީގެ ގޮތުގައި ނަގައިދީފައިވަނީ 13 ޖަނަވަރީ 2009 ގައި އިބްރާހީމް ތައުފީޤު އާއް ޢަބްދު ﷲ ލަޠީފްއާ ދެމެދުގައި ވެވިފައި އޮތް އެއްބަސްވުމުގެ ކުލިކަމަށް ބަޔާންކޮށްފައިވެއެވެ. ސިވިލް ކޯޓުގެ މިނިންމުން ޚިލާފުވާ ޝަރުޢީ އަދި ޤާނޫނީ އުސ ލެއް އިބްރާހީމް ތައުފީޤަށް ބުނެދެވިފައެއް ނުވެއެވެ.
3.17. އަދި މިބާވަތުގެ މައްސަލަތުގައި، ތަން ވަކި ދުވަހެއްގެ ތެރޭގައި ހުސްކުރާނެކަމަށް ތަނުގެ ވެރިފަރާތށަ އަންގާފައި އޮތް ހާލަތުގައި، ނުވަތަ ޝަރީޢަތް މެދުވެރިކޮށް ވަކި ދުވަހެއްގެ ކުރިން ތަންހުސްކުރުމަށް ކުއްޔަށް ހިފި ފަރާތަށް އަންގާފައިވަނިކޮށް ތަން ހަވާލުކޮށްފައިނުވާނަމަ، ކުއްޔަށް ހިފާފަރާތުގެ ތަކެތި ނެރެ ތަން ހުސްކުރާދުވަހާ ހަމައަށް އެތަނުގެ ކުލި ކުއްޔަށް ހިފާ ފަރާތުން ދޭންޖެހޭކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މެރީޑިއަމ ސަރވިސަސް ވ ސަޢީދާ މޫސާ ޤަޟިއްޔާއިން ވެސް އެނގެއެވެ.
18ޕްރިސިޑެންސް 6ޣައިރު ޚާޟިރުގައި ޙުކުމްކުރުން
1.18. ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1894 ޤަޟިއްޔާ ގައި 15 ނޮވެމްބަރ 2016 އަދި 20 ނޮވެމްބަރ 2016 މި ދެ ދުވަހަށް ކޯޓަށް ޙޟާ ރުވުމުގި އަމުރެ ފޮނުވާފައި ވަނިކޮށް، އިބްރާހީމް ތައުފީޤް ބަލިވެގެން ކޯޓަށް ޙާޟިރުވެވެން ނެތްވާހަކަ ބަޔާންކޮށް 15 ނޮވެމްބަރު 2016 ގައި ލިޔެ އެދުވަހުގެ ކުރިން […] ޢަލީ ޒާހިރުގެ ހަވާލުގައ ސިޓި އަކާއި ބަލިކަމުގެ މެޑިކަލް ސެޓްފިކެޓް ކޯޓަށް ހުށަހެޅުމުން، އެ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަޑުއެހުން ކެންސަލް ކުރައްވައި ދެން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވނަ 20 ނޮވެމްބަރ 2016 ގައި ކަމަށް ވިދާޅުވެ ފޯނުން އިބްރާހީ މ ތައުފީޤަށް އެންގެވުމުން، އިބްރާހީމް ތައުފީޤް ފޮނުވި ކޯޓު އަމުރުގައިވާ ގޮތުގެ މަތިން 20 ނޮވެމްބަރ 2016 ގައި ކޯޓަށް ހާޟިރުވެ އެކޯޓ އަމުރު ޙަވާލު ކުރުމުން އިބްރާހީމް ތައުފީޤް ކޯޓަށް ޙޟާރުވާން އަންގާފައިނުވާ ދުވަހެއް ކަމުގައިވާ 16 ނޮވެމްބަރ 2016 ގައި އިބްރާހީމް ތައާފީޤުގެ ޣައިރު ޙޟާރުގައ މައްސަލި ނިންމާފައިވާކަމަށް ދެއްވި ޖަވާބަކީ ޤާނޫނުއަސާސީއާ ޤާނޫނާއި ޚިލާފު ނިންމެވުމެއް އިބްރާހީމް ތައުފީޤު ފާހަގަކުރެއެވެ.
2.18. ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1894 ގެ ޤަޟިއްޔާ ގެ ފާހަގަކުރެވުނު ނުކުތާގެ 3 ގެ (މ) ގައި 15 ނޮވެމްބަރު 2016 ގެ 10:45 ގައި ކޯޓަށް ޙާޟިރުވުމަށް އެކޯޓުގެ ނަންބަރު CR2/2016/2314-B3 ''ކޯޓަށް ޙޟިރުވުމުގާ އަމުރު'' ރައްދުވެފައިވާކަމަށާއި އެއަމުރުގައިވާ ތާރިޚާއި ގަޑިއަށް އިބްރާހީމް ތައުފީޤް ޙާޟިރުވެފައިނުވާކަމަށާއ އަދި ޙާޟިރުވެފައިނުވާ ސަބަބުވެސް އަންގާފައިނުވާތީ މައްސަލަ ޣައިރު ޙާޟިރުގައި ހިންގުމަށް ނިންމުނުކަމަށް ފާހަގަކޮށްފައިވެއެވެ.
3.18. '' ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދު'' ގެ 28 ވަނަ މާއްދާގެ
(ހ) ގައި ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބި، މަޤްބޫލު އުޛުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާލިބޭ ފަރާތް ޙާޟިރުނުވެއްޖެނަމަ، އެމީހާގެ ޣައިރު ހާޟިރުގައި ކޯޓުން ގޮތެއް ނިންމުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.
4.18. 15 ނޮވެމްބަރ 2016 އަޑުއެހުމަށް ޙާޟިރުނުވެވޭ ކަމުގެ ލިޔެކިޔުންތައް ހުށަހެޅިފައިވާނެކަމަށް އިބްރާހީމް ތައުފީޤް ބަޔާންކޮށްފައިވީނަމަވެސް، އެފަދަ ލިޔުމެއް ޝަރީޢަތަށް ލިބިފައިނުވާކަން ރިޕޯޓުގައަ ފާހަގަކޮށްފައިވާއިރު، އެފަދަ ލިޔެކިޔުމެއް މިކޯޓުގެ ޝަރީޢަތަށްވެސް އިބްރާހީމް ތައު ފީޤގު ފަރާތުން ހުށަހަޅާފައިނުވެއެވެ.
19ހެއްކަށް ރިޢާޔަތްނުކުރުން
1.19. ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1894 ޤަޟިއްޔާ އާއި ގުޅިގެން ދިފާޢުގައި އިބްރާހީމް ތައުފީޤު ހުށަހަޅާފައިވާ ހެކިތަކަކީ މައްސަލަ ނިންމެވުމުގައި އެހެކިތަކުގެ މައްޗަށް ފުރިހަމަ ޔަށް ރިޢާޔަތް ކުރެވެންޖެހޭ ހެކިތަކަކަށް ވީ ހިނދު އިބްރާހީމް ތައުފީޤު ގެ ފަރާތުން ހުށަހަޅާފައިވާ ދިފާޢީ ހެކިތަކުގެ މައްޗަށް އެއްވެސް މިންވަރަކަށް ރިޢާޔަތް ނުކުރައްވައި ވަކި ފަރާތަކަށް ބުރަވެ ނިންމެވި ނިންމެވުމަކީ މި ބާވަތުގެ މައްސަލަތައް މީގެ ކުރިން އިސްތިއުނާފީ ކޯޓުތަކުން ނިންމާފައިވާ ނިންމުން ތަކާއި މުޅިން ޚިލާފަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ނިންމެވި ނިންމެވުމެއް ކަމަށް އިބްރާހީމް ތައުފީޤް ފާހަގަކުރެއެވެ.
2.19. އެހެންނަމަވެސް، އިބްރާހީމް ތައުފީޤުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތަކުގެ ތެރެއިން ދަށު ކޯޓުން ރިޢާޔަތްނުކުރަނީ ކޮން ހެއްކަކަށްކަމާއި، ޚިލާފު ވަނީ އިސްތިއުނާފީ ކޯޓުތަކުން ނިންމާފައިވާ ކޮން ނިންމެވުންތަކަކަށްކަން ސާފުކޮށްދެވިފައިނުވާކަން ފާހަގަކުރެވެއެވެ.
20ޕްރިސިޑެންސް 7ސުޕްރީމް ކޯޓުގެ A/25-SC/2013 އަށް ރިޢާޔަތްނުކުރުން
1.20. 19 މެއި 2015 ގައި ނިންމެވި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/25-SC/2013 ގެ ޤަޟިއްޔާއަށް ބަލާއިރު ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1894 ޤަޟިއްޔާ އާއި ގުޅިގެން ދިފާޢުގައި އިބްރާހީމް ތައުފީޤު ނަގާފައިވާ ނުކުތާތަކަކީ އެ ޤަޟިއްޔާގައި ޢަބްދު ﷲ ލަޠީފް ކޮށްފައިވާ ދަޢުވާގެ މައުޟއާއ ގުޅިގެނި ޤާނޫނއަސާސީގު 42 ވަނަ މާއްދާގެ ދަށުން ޢަދުލުވެރި ގޮތުގައި ބައްލަވަން ޖެހޭ ނުކުތާ ތަކަށް ވީ ނަމަވެސް އެ ޤަޟިއްޔާ ނިންމެވުމުގައި އެ ނުކުތާތަކުގެ މައްޗަށް ބައްލވާފައިނަ ވާކަމަށު އިބްރާހީމް ތައުފީޤް ފާހަގަކުރެއެވެ. އެހެންނަމަވެސް، އެއީ ކޮން ދިފާޢު ތަކެއްކަން ތަފްސީލްކޮށް އިބްރާހީމް ތައުފީޤު ބުނެދީފައެއް ނުވެއެވެ.
2.20. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/25-SC/2013 ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު C/2011-Cv/8623 ޤަޟިއްޔާ އިން ޢަބްދު ﷲ ލަޠީފުގެ ފަރާތުން […] އާމިނަތު ރިފްޢަތުގ ވާރިޘުންގެ މައްޗަށް ރައްދުވާ ގޮތަށް އުފުލާފައިވާ ދަޢުވާއެކެވެ. އެއީ، އާމިނަތު ރިފްޢތުގަ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […] އެވާ ކިޔުނު ބަންޑާރަ ގޯއްޗާއި، ޢިމާރާތް 15 ޑިސެމްބަރު 2007 ވަނަ ދުވަހުން ފެށިގެން 15 އަހަރު ދުވަހުގެ މުއްދަތަށް ކ އްޔަށ ދިނުމަށް އާމިނަތު ރިފްޢތަ އާއި ޢަބްދުﷲ ލަޠީފް އާއި ދެމެދު 20 ޖަނަވަރީ 2008 ވަނަ ދުވަހު މަދަނީ ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ޢަބްދުﷲ ލަޠީފް އެގޯތި ކުއްޔަށް ހިފައި، އެ ގޯތީގައިވާ -/3,921,890ރ. (ތިންމިލިއަން ނުވަލައްކަ އެކާވީސްހާސް އަށްސަތޭކަ ނުވަދިހަ ރުފިޔާ) ޚަރަދުކޮށްގެން 06 ބުރީގެ ޢިމާރާތެއްކޮށް ނިމުމާއި ހަމައަށް ގޮސްފައިވަނިކޮށް، 30 ސެޕްޓެމްބަރ 2011 ވަނަ ދުވަހު އާމިނަތު ރިފްޢަތު ނިޔައުވެފައިވާތީ، މި އެއްބަސްވުމުގެ 12 އަދި 16 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެއްބަސްވުން އޭގައިވާ މުއްދަތަށް ދެމެހެއްޓުމަށް އާމިނަތު ރިފްޢަ ތުގެ ވާރިޘުންނަށް އަންގައި ދެއްވުން އެދި ހުށަހެޅުނު މައްސަލައެކެވެ.
3.20. އެމައްސަލައިގައި ސިވިލް ކޯޓުން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ ބާޠިލނުވް ދެމި އޮތް އެއްބަސްވުމެއްކަމަށްކަން ނިންމާފައިވެއެވެ. އެ ޤަޟިއްޔާއަށް ހައިކޯޓުގެ ނަންބަރު A/81-HC/2013 ޤަޟިއްޔާއިން ތާއީދުކޮށް ނިންމި ނިންމުން އިލްތިމާސްކުރުމނ ބެލުން އިސްވު ޙަވާލާދެވުނު ސޕްރީމު ކޯޓުގް ޙުކުމުން އ ދެ ޤަޟިއްޔާ ބާޠިލްކރެވުނެއެވެ.
4.20. ހައިކޯޓަށް ތަޙްވީލުކުރުމުން ބެލުނު ހައިކޯޓުގެ ނަންބަރު 02/05-A-HC/2015 ޤަޟިއްޔާއިން، އެ އެއްބަސްވުމަކީ ބާޠިލްނުވެ ދެމިއޮތް އެއްބަސްވުމެއްކަމާއި، އެއްބަސްވުމަށް އިޙްތިރާމްކުރުމަށް އަލްމަރްހ މާ އާމިނަތު ރިފްޢަތުގެ ވާރިޘުންނަށް އަންގައި 08 ޖޫން 2016 ގައި ނިންމި ނިންމުމަށް ބަދަލެއް އައިސްފައިނުވާތީ އެ ނިންމުމަކީ ނިހާއީ ޙުކުމެއްކަން އެނގެއެވެ.
5.20. އެހެންކަމުން، ޢަބްދުﷲ ލަތީފް އާއި އިބްރާހީމް ތައފީޤުއ ދެމެދާ ވެފައިވާ އެއްބަސްވުމާއި ގުޅިގެން އިބްރާހީމް ތައުފީޤް އުފުލަންޖެހޭ ޒިންމާތަކަކީ، ޢަބްދުﷲ ލަތީފާއި އަލްމަރްހ މާ އާމިނަތު ރިފްޢަ ތުގެ ވާރިޘުންނާއ ދެމެދި ވެފައިވާ އެއްބަސްވުމުގެ ސަބަބުން ނަފީވެގެންދާނޭ ކަމެއްކަން ބެލެވެން ނެތްކަމަށް ދެކެމެވެ.
21ވީމާ، އިސްވެ، ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1894 ޤަޟިއްޔާގައި ކުރައްވާފައިވާ
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 28 ވަނަ މާއްދާގެ (ހ) އަދި 29 ވަނަ މާއްދާ
- ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) (ޤަވާޢިދުގައިވާ ގޮތަށް)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/09 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު SC/01/2014 ސަރކިއުލަރ
- ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/26 ޤަޟިއްޔާ (މެރީޑިއަމް ސަރވިސަސް ވ. ސަޢީދާ މޫސާ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/25 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2013/HC-A/81 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2015/HC-A/05 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2012/HC-A/186 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2014/HC-A/188 ޤަޟިއްޔާ
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް