ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/41
އިމްތާޒް ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2025/HC-B12/41
Imthaaz Rasheed v. Prosecutor General 2025/HC-B12/41 (2025/HC-B12/41, High Court of the Maldives, 4 December 2025)
އިމްތާޒް ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައިގަނޑު ސުވާލު
މަސްތުވާތަކެތި އެތެރެކުރުމާއި ބޭނުންކުރުމުގެ ދަޢުވާއެއްގައި ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާމެދު (ދަޢުވާގެ އުނިކަން، ހަމަހަމަކަމުގެ ދިފާޢު، ހެކި ބަލައިނުގަތުން، ހެކި ހާމަކުރުން) ކްރިމިނަލް ކޯޓުން ނިންމި ނިންމުމާމެދު ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަކީ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން އިސްތިއުނާފީ އޮޅި ގިރާވާ ނުކުތާތަކެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ކުރިއަށް ގެންދެވޭނެ ތަނެއް ނެތް (އިސްތިއުނާފީ އޮޅި ގިރާނުވާ)، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ދަށުކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ، ނިންމުން ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް، ނުވަތަ ނިންމުމަށް އަސަރުކުރާ ބާޠިލު އިޖުރާއަތެއް ހިނގާފައިވާކަމަށް ޤަބޫލުކުރެވޭނެ ސަބަބުތައް ހުރި ޙާލަތެއްގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ފަނޑިޔާރު ޤާނޫނީ ގޯހެއް ހަދާފައިވާކަމަށް، ނުވަތަ ހެކިތަކަށް ނުވަތަ ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ހަމައެކަނި ބުނުމަކުން އިސްތިއުނާފުކުރުމުގެ މިންގަނޑަށް ނުފޯރާނެއެވެ؛ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ސާފުކޮށް ބުނަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- މައްސަލައެއް ޝަރުޢީ ނިޒާމުގެ ތިން މަރުޙަލާއިން ބެލުމުގެ މާނައަކީ ދަށުކޯޓަށް ހުށަހެޅޭ ދަޢުވާ އޮތްގޮތަށް އަލުން ތިން ފަހަރު ބެލުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- އިސްތިއުނާފީ ނުކުތާއެއްގެ ނިމޭކޮޅުގައި ޤާނޫނީ ނައްޞެއް ހިމަނައި ދަށުކޯޓުގެ ނިންމުން އެއާ ޚިލާފުކަމަށް ހަމައެކަނި ބުނެލުމާއި، ދަށުކޯޓަށް ހުށަހެޅި ސަބަބުތައް ތަކުރާރުކުރުމަކީ ހެޔޮވަރު ޤާނޫނީ ސަބަބެއް ދެއްކުމެއް ނޫނެވެ؛ ނިންމުން އެ ނައްޞާ ޚިލާފުވަނީ ކިހިނެއްކަން ބަޔާންކޮށް، ޙަޤީޤީ ޤާނޫނީ ސުވާލެއް އުފައްދަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22.1-22.6)
- އިސްތިއުނާފުގައި ދަށުކޯޓުގެ ވަކި ނިންމުމެއް ބާޠިލުކުރުމަށް ނުވަތަ ވަކި ކަނޑައެޅުމެއް ޤާނޫނާ ޚިލާފުކަމަށް ކަނޑައެޅުމަށް އެދިފައި ނުވާނަމަ، ދަށުކޯޓަށް ހުށަހެޅި ހުށަހެޅުންތައް އެގޮތުގައި ބަލައިގަތުމަށް އެދުމުން ހައިކޯޓުން އެހެން ގޮތެއް ނިންމާނެކަމަށް ބެލުމަކީ ކަސިޔާރު އަންދާޒާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22.7)
1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރ 145-B3/SHN/(482-483,2025)/2025/06 "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" )10 ނޮވެންބަރު 2025( )މީގެ ފަހުން "އިސްތިއުނާފުކޮށްފައިވާ ނިންމުން(" އިސްތިއުނާފަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2025/HC-B12/41 ގަޒިއްޔާއިން ބެލި އިސްތިއުނާފު )މީގެ ފަހުން "އިސްތިއުނާފު"( ނިންމި ގޮތުގެ ރިޕޯޓެވެ.
2މި އިސްތިއުނާފު ހުށަހަޅާފައި ވަނީ އިމްތާޒް ރަޝީދު )މީގެ ފަހުން "އިސްތިއުނާފ ކުރު ފަރާތް" ނުވަތަ"އިމްތާޒުރަޝދީ "( އެވެ.އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސަ )މީގެ ފަހުން "ދައުލަތް" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް"( އަށެވެ.
3އިސްތިއުނާފުކޮށްފައިވާނިންމުމްގ ފަސްފަހަތް ތިރީގައި މި ބަޔާންކުރަނީއެވެ.
4ގ ނޫނު ނަންބަރ 17/2011 )މަސްތުވާތަކެއްޗާބެހޭ ގާނޫނު(ގެ 112 ވުނ މާއްދާގަ )ހ( އާ ހަވާލާދީ، އެ މާއްދާގެ )ނ(ގެ ދަށުން ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ދައުވާ އާއި، އެ ގާނޫނުގެ 115 ވަނަ މާއްދާގެ )ހ( އާއި، 148 ވަނަ މާއްދާއާ ހަވާލާދީ، 115 ވެނ މާއްދާގަ )ށ( ގ ދަށުން ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވްއިމްތާޒް ރަޝީދުގެ މައްޗަށ ކްރިމިނަލް ކޯޓުގައިދައުލަތުން އުފުލިއެވެ.
5އެ މްތިޔާޒު ރަޝީދުގެ މައްޗަށް ކުޅަ މި ދައުވާގީއިބްތިދާއީ މަރުހަލާގައި އިސްތިއުނާފުކުރާ ފަރާތުން ސަރިޔަތުގެ ކުރގްހުށަހެޅު ންތަކެއިހުށަހެ ޅއެވެ. އެއީ މި ބަޔާންކުރާ ހުށަހެޅުންތަކެވެ.
5.1. ގާނޫނު ނަންބަރު 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( )މީގެފަހުން "ޖިނާއީ އިޖުރާއަތުގެ ގާނޫނު"( ގެ 119 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރުގެ ދަށުން ދައުވާ އުފުލުމުގައި އަދި/ ނުވަތަ ދައުވާ ހުށަހަޅާ ފޯމުގައި އުނިކަމެއް ވާކަމަށް ބުނެ، "ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ލޮގް" ގައި ވެރިޔާ ސޮއިކޮށްފައި ނެތްކަމަށާއި، ގާނޫނު ނަންބަރ 11/2022 )ހެއްކާބެހޭ ޤާނޫނު( )މީގެފަހުން "ހެއްކާބެހޭ ގާނޫނު"ގ( 89 ވަނަ މާއްދާއާ ހަވާލާދީ، އެފަދައިން ސޮއި ނެތްކަމަށްވާނަމަ އޮޕަރޭޝަން ނިމިފައިނުވާ ކަމަށާއި، ވީމާ، މި މައްސަލައިގެ ތަހުގީގު އަދިވެސް ފުރިހަމަ ނުވާކަމަށެވެ. ފޯން ކޯލްތަކާއި މެސެޖްތައ ރައްދުވީކަމަށ ބުން ފަރާތާ ތަހްގީގުކޮށްފައި ނުވާކަމަށާއި، މައްސަލައިގާ ޕްރައިމާ ފޭޝީ ކޭސްއެއ ގާއިމުވެފައިނުވާކަމަށެވެ. އަދި މައްސަލައިގެ ޗެއިން އޮފް ކަސްޓަޑީގައި އުނިކަން ހުރިކަމަށެވެ.
5.2. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )2( ވަނަ ނަންބަރުގެ ދަށުން ދައުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާއެއްކަމަށް ބުނެ، މައްސަލައިގައި ދެން ތުހުމަތުކުރެވޭ ފަރާތަށް މަސްތުވާއެއްޗެއް އެތެރެކުރުމުގެ ދައުވާކޮށްފައި ނުވުމުން، ދިވެހިރާއްޖޭގެ ގާނޫނއަސާސީގ 20 ވަނަ މާއްދާއާ ހިލާފުވާކަމަށެވެ.
5.3. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )3( ވަނަ ނަންބަރުގެ ދަށުން ވަކި ހެއްކަކީ ސަރިޔަތަށް ގަބޫލުނުކުރެވޭނެ ހެކި ކަމުގައި ކަނޑައަޅައިދިނުމަށް އެދި، ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ )ހ( ދަށުން ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގުލިބިގެންވާކމަށާއި، ބަލައިފާސްކުރަން ހުއްދަދިން ކަމުގެ ލިޔުމުގެ ދަށުން މޮބައިލް ފޯނުގެ ލޮކް ކޯޑުގެ މައުލޫމާތު ދީފައިވަނީ ވަކީލެއް އައްޔަނުކުރުމުގެ ކުރިން ކަމަށެވެ. ވީމާ، މޯބައިލް ފޯނު ގުޅާ ގޮތުން ހުށަހަޅާފައިވާ ފޯލިއޯ ނަންބަރ 33، ފޯލިއޯ ނަންބަރު 34، ފޯލިއޯ ނަންބަރު 35، ފޯލިއޯ ނަންބަރު 36، ފޯލިއޯ ނަންބަރ 105 އަދި ހެކިވެރިޔާ ނަންބަރު 12 ގެ ހެކިބަސް ބަލައިނުގަތުމަށް އެދޭކަމަށެވެ.
5.4. ފޯލިއޯ ނަންބަރު 47 ގައިވާ "ކޮންޓްރޯލް ޑެލިވަރީ އޮފަރޭޝަން ލޮގް" އަކީ އެ ލިޔުމަށް ޒިންމާވާ ފަރާތުގެ، ނުވަތަ ކަމާގުޅޭ އިސްވެރިޔާގެ އަދި ޕެކޭޖް ހެންޑްލްކުރި ފަރާތްތަކުގެ ސޮއި ނެތް ލިޔުމެއް ކަމަށްވާތީ، ގާނޫނީ ގޮތުން ފުރިހަމަނޫން ލިޔުމެއްކަމަށްވާތީ، ޖިނާއީ އިޖރާއަތުގ ގާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )3( ވަނަ ނަންބަރުގެ ދަށުން އެ ލިޔުމަކީ ސަރިޔަތަށް ގަބޫލުނުކުރެވޭނެ ހެއްކެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. ފޯލިއޯ ނަންބަރ 3ގ ގޮތުގައެ ހުށަހަޅާފައިވި ހެއްކަކާ ހެއްކާބެހޭ ގާނޫނުގެ 48 ވަނަ މާއްދާގެ )ށ( އަދި )ނ( އާއި، އެ ގާނޫނުގެ 51 ވަނި މާއްދާގަ ދަށުން ގަބޫލުނުކުރެވޭނެ ހެކި ކަމަށެވެ.
5.5. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މާއްދާގެ )ހ(ގެ )6( ވަނަ ނަންބަރުގެ ދަށުން ކްރިމިނަލް ކޯޓުގެ ނަންބަރ 482/Cr-C/2025 ގަޒިއްޔާގެ ކޯ-ޑިފެންޑަރު ކަމަށްވާ އާދަމް ޝާހިދުގެ މައްސަލައާގުޅޭ ލިޔެކިޔުންތައް އަދި ފޯލިއޯ ނަންބަރ 72 އިން 83 އަށް އަދި ފޯލިއޯ 85، ފޯލިއޯ 87، ފޯލިއޯ 90، ފޯލިއޯ 93 އިން 102 އަށް )10 ފޯލިއޯ(، އަދި ފޯލިއޯ 104 ހާމަކުރުމަށް އެދޭކަމަށެވެ.
6މުހުށަހެޅުންތަކމެދ ކްރިމިނަލް ކޯޓުން ނިންމާފައު ވަނީ އަންނަނިވި ފަދައިންނެވެ.
6.1. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރްގެ ދަށުން ދައުވު އުފުލުމުގައި އަދި/ ނުވަތަ ދައުވާ ހުށަހަޅާ ފޯމުގައި އުނިކަމެއް ވާކަމަށް ބުނެ ހުށަހެޅި ހުށަހެޅުމާގުޅިގެނ ނިންމާފައިވަނީ، އެ ހުށަހެޅުމަކީ މި މަރުހަލާގައި މައުލޫއީގޮތުން ބެލުމަކާ ނުލައި ނިންމިދާނެފަދ ހުށަހެޅުމެއް ނޫންކަމަށެވެ.
6.2. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )2( ވަނަ ނަންބަރާ ހަވާލާދީ، އިސްތިއުނާފުކުރާ ފަރާތާއެކު މައްސަލައިގައި ދެން ތުހުމަތުކޮށްފައިވާ ފަރާތަށް ޖަދުވަލު 1 ގައިވާ މަސްތުވާތަކެއްޗެއ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ދައުވާކޮށްފައިނުވާތ އެއީ ގާނނުއަސާސީގ 20 ވަނަ މާއްދާއާ ހިލާފުކަމެއްކަމަށ ބުން ދައުވާކުރުމަށ ހުރަހަކަށް ވެދާނެ ދިފާއެއްކަމަށް ހުށަހަޅާ ހުށަހެޅުމާގުޅިގެން ނިންމާފައިވަނީ، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގަ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތާ ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމްކަށްވާތީއާއި، ދައުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާއު ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާތީ، މި މައްސަލައިގާ ތަފާތުކުރުން ގެންގުޅެފައިވާކަމަށ ބުން ދައުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާއެއްގ ގޮތުގައެ މި ދިފާއުނެގޭނެކަމަށ ނުދެކޭކަމަށާއި، މި ހުށަހެޅުން ބަލައިނުގަނެވޭނެކަމަށެވެ.
6.3. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )3( ވަނަ ނަންބަރާ ހަވާލާދީ، ހެކި ބަލައިނުގަތުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާގުޅިގެން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، އެ ހެކިތަކަކީ މ މަރުހަލާގައި މައްސަލައި ގުޅުންހުރި ހެކިތަކަށްވާތީއާއި، މި ހެކްތަކާގުޅިގެން އިސްތިއުނާފުކުރ ފަރާތުން ފާހަގަކުރާ ސަބަބުތަކަށް ގޮތެއް ކަނޑައެޅިގެންދާނީ މައްސަލަ މައުލޫއީ ގޮތުން ބަލައި ހެކިތައް ވަޒަންކޮށްގެންކަމަށެވެ. ވީމާ، މިހިނދަށް ހެކި ބަލައިގަތުމަށް ނިންމާފައިވެއެވެ.
6.4. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )6( ވަނަ ނަންބަރާ ހަވާލާދީ ހެކި ހާމަކުރުމަށް އެދި ހުށަހެޅި ހުށަހެޅުމާ ގުޅިގެނ ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އިސްތިއުނާފު ރައްދުވާފަރާތާ ދެކީޅަށ ހުރް ހުރިހާ ލިޔުންތައް ހިއްސާކޮށްފައިވާތީ، ހިއްސާކުރުމަށް އެދޭ ލިޔުންތަކަކޮ އާދަމް ޝާހިދުގެ ބައިގައި އެފަރާތުގެ ވަނަވަރާއި، ޒާތީ މައުލޫމާތާއި އިޖުރާއީ ލިޔުންތަކަކަށްވާތ މިއީ ދައުވާލިބޭ ފަރާތަށް ދޫކުރަންޖެހޭ ލިޔުންތަކެއް ނޫންކަމަށާއި، މި ހުށަހެޅުން ބލައިނުގަތުމަށެވެ.
7އިސްތިއުނާފަށް ހުށަހެޅީ މި ނިންމުމެވެ.
8އިސްތިއުނާފީ ކުރު ފަރާތުން ހުށަހަޅާފައި ވަނީ އިސްތިއުނާފ ހަ ނުކުތާއެވެ.
9މި ނުކުތާގައި ފާހަގަކޮށްފައި ވަނަ، "މި މައްސަލައިގައި، ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ލޮގް )ފޯލިއޯ 47( ގައި އިސްވެރިޔާގެ ސޮޔާއި ކަމާބެހޭ އެހެން އޮފިޝަލުންގެ ސޮއި ނެތުމާއި، ފޯނު ކޯލްތަކާއި މެސެޖްތައް ރައްދުވި ފަރާތްކަމުގައިވާ "scaramanga" ނަމަކަށް ކިޔާ ފަރާތާ ގުޅޭގޮތުން ތަހުގީގެއ ކޮށްފައް ނެތަސް، "މި މަރުހަލެއަކީ ކޮންމެ ހެއްކެއްގެ ސައްހަކަން ވަކިވަކިން ބަލައި އެކަށީގެންވާ ތަހުގީގެއް ކުރުމަށްފަހު ހެކި ހޯދިފައިވޭތޯ ބަލައި މަރުހަލާއެއް ނޫން" ކަމަށް ކޯޓުން ކަނޑައަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 5 ވަނަ މާއްދާ )ޖިނާއީ ކުށް ތަހްގީގުކުރުން( އާ ހިލާފަށް" ކަމަށެވެ.
9.1. މި ނުކުތާގެ ތަފުސީލުގައި އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކުރިއެވެ.
9.1.1. މ މައްސަލައިގައި ދައުވާ އުފުލާފައިވާ ގޮތަށާއި، ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރުގެ ދަށުން ދައުވާ އުފުލުމުގައި ގިނަ އުނިތަކެއް ހުރިކަމަށާއި، އެގޮތުން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ލޮގް" ގައި އިސްވެރިޔާއާއި އެހެނިހެން އޮފިޝަލުން ސޮއިކޮށްފައި ނެތުމާއި، މައްސަލައިގައި scaramanga ނިމަކަށްކެޔ ފަރާތާ ތަހުގީގުކޮށްފައި ނެތުމުން ތަހުގީގު ފުރިހަމަނުވާ މައްސަލަ ސަރިޔަތަށް ހުށަހެޅުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 5 ވަނަ މާއްދާއާ ހިލާފު ކަމަކަށްވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވެނ މާއްދާގަ )ހ( ގެ ދަށުން ދައުވާއާގެން ކުރިއަށް ނުދެވޭނެކަމަށެވެ.
9.2. މި ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި މުހިއްމު ކަންކަން ތިރީގައި މ
9.2.1. ކޮންޓްރޯލް ޑެލިވަރީގެ ލޮގްއާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ކަންކަމަކީ މައްސަލައިގަ ހެކިބަސް ނަގާއިރު ސާފުވެގެންދާނެ ކަންކަންކަމަށާއި، ތަހުގީގަށ ވަކް ކަމެއް ހޯދިފައިނެތުމަކީ ހެކިތަކުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާ ބާތިލުވާނެކަމެއް ނޫންކަމަށެވެ.
10މި ނުކުތާގައި ފާހަގަކޮށްފައި ވަނަ"، އާދަމް ޝާހިދު އެ ޕުކުޖާ ހަވާލުވުމްގެ ކުރިން އެތަކެއް ފަހަރު އެ ފެކޭޖ އެކިތަންތަނަށް ބަދަލުވެފައިވާކަމަށާއި، އެގޮތުން 2025 އެޕްރީލް 8 ވަނަ ދުވަހުން ފެށިގެން 2025 އެޕްރީލް 20 ވަނަ ދުވަހާ ހަމައަށް އެކި ތަންތަނަށް ބަދަލުކުރެވިފައިވ ކަނާ ފާހަގަވާއިރު ޗެއިން އޮފް ކަސްޓަޑީ ޑޮކިއުމެންޓްސްތަކުނ އެކަން ކަށަވަރުވާން ނެތްކަމުގައި ވީ ނަމަވެސް، "މި މަރުހަލާއަކީ ކޮންމެ ހެއްކެއްގެ ސައްހަކަނ ވަކިވަކިން ބަލައި އެކަށީގެންވާ ތަހުގީގެއް ކުރުމަށްފަހު ހެކި ހޯދިފައިވޭތޯ ބަލައި މަރުހަލާއެއް ނޫން" ކމަށ ކޯޓުން ކަނޑައަޅާފައިވަނީ، ޗެއިންގައި ސައްކ ކުރެވު ކަމެއް އޮވެއްޖެނަމަ، ދައުވާލިބޭ މީހާއާ ހެއްކާ ނުގުޅުވޭނ ކަމަށެ ހައިކޯޓުގް ގަޒިއްޔާ ނަންބަރު 2016/HC-A/451 އިން ނިންމާފައިވާ ނިންމުމާ ހިލާފަށް" ކަމަށެވެ.
10.1. މި ނުކުތާގެ ތަފުސީލުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަމުގެ ހުލާސާ މ
10.1.1. ހައިކޯޓުގެ ނަންބަރު 2016/HC-A/451 ގަޒިއްޔާގައި ޗެއިންގައި ސައްކުކުރެވޭ ކަމެއް އޮވެއްޖެނަމަ، ދައުވާލިބޭ މީހާއާ ހެއްކާ ނުގުޅުވޭނ ކަމަށެ ބަޔާންކޮށްފައިވާކަމަށާއި، މ މައްސަލައިގާ ޕެކޭޖް ލެބޯޓަރީއަށް ފޮނުވުމާ ހަމައަށް ބަލާއިރު، ޗެއިން އޮފް ކަސްޓަޑީ ފޮތިފޮތިވެފައިވާ ކަމަށާއި، އެ ގަޒިއްޔާގައި ޗެއިން އޮފް ކަސްޓަޑީގައި ސާއްކުކުރެވޭ ކަމެއް އޮވެއްޖެނަމަ ދައުވާލިބޭ މީހާއާ ހެއްކާ ނުގުޅުވޭނ ކަމަށެ ބަޔާންކޮށްފައިވާތީ، މިމައްސަލައިގ ޕެކޖުގައ ހުރި ތަކެތީގެ ސައްހަކަން ކަށަވަރު ނުވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މާއްދާގެ )ހ( ގެ ދަށުން ދައުވާއައިގެނ ކުރިއަށް ނުދެވޭނެކަމަށެވެ.
10.2. މި ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި މުހިއްމު ކަންކަން ތިރީގައި މި ބަޔާންކުރަނީއެވެ.
10.2.1. މ މައްސަލައިގާ ފެނުނު މަސްތުވާތަކެތި އިމްތާޒް ރަޝީދާ ގުޅޭކަން ނުވަތަ ނޫންކަން ވަޒަންކުރެވޭނ މައްސަލީ މައުލޫއީ ގޮތުން ބެލުމަށްފަހުގައި ކަމަށްވާތީ، ޗެއިން އޮފް ކަސްޓަޑީގައި ހުރިކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭ އުނި ކަންކަމުގެ މައްޗަށް ބަލައި ދައުވާ ބާތިލުކުރެވޭނެ ހަމައެއް ނެތްކަމަށެވެ.
11މި ނުކުތާގައި ފާހަގަކޮށްފައި ވަނާ، "އިމްތާޒް ރަޝީދުގެ މައްޗަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާ ކޮށްފައިވާއިރު، އާދަމް ޝާހިދުގެ މައްޗަށް މި ދައުވާ ނުކުރުމަކީ ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވ ހަމަހަމަކަމުގެ ހައްގާ ހިލާފު އަމަލެއް ކަމަށް ބަޔާން ކުރުމުން، "ދައުވާކުރުމަށް ހުރަހަކަށްވެދެނެ ދިފާއެއްގ ގޮތުގައި މި ދިފާއު ނެގިދާނެކަމަށް ސަރިޔަތުން ނުދެކޭ" ކަމަށް ކޯޓުން ނިންމާފައިވަނީ، ގާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 120 ވަނަ މާއްދާ )ދައުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާއު ހުށަހެޅުން( އާ ހިލާފަށް" ކަމަށެވެ.
11.1. މި ނުކުތާގެ ތަފުސީލުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަމުގެ ހުލާސާ މި
11.1.1. އާމްތާޒް ރަޝީދުގެ މައްޗަށް މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ދައުވާ ކޮށްފައިވާއިރު، މި މައްސަލައިގައި އިމްތާޒާއެކ ތުހުމަތުކުރެވުނު އަނެއް ފަރާތް ކަމަށްވާ އާދަމް ޝާހިދުގެ މައްޗަށް އެފަދަ ދައުވާއެއް ކޮށްފައިނުވާތީ، މިއީ ގާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނުގެ ކުރިމަތީގައި ހަމަހަމަވުމުގެ އަސާސީ ހިލާފުކަމަށެވެ.
11.1.2. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 120 ވަން މާއްދާގަ ދަށުން ގާނޫނެއްގައި ބަޔާންވެފައިވާ ދިފާއެއް މަދަން މިންގަނޑުން ސާބިތުކޮށްދީފިނަމަ، އެ ދައުވާ ބެލޭނެތަނެއ ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަންވާނެކަމަށާއި، ހަމަހަމަކަމުގެ ހައްގު ނިގުޅައިގަނެފައިވާކަނ އެނގޭ ހިނދު، މިއީ ގާނޫނުއަސާސީގެ ދަށުންނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންވެސް ބަލައިގަނެވޭނެ ދައުވާކުރުމަށ ހުރަހަކަށް ވެދާނެ ދިފާއެއް ކަމަށެވެ.
11.2. މި ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި މުހިއްމު ކަންކަން ތިރީގައި މި
11.2.1. ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މީހުންނާ ދެކޮޅަށް ދައުވާ ކުރުމަކީ ގާނޫނުއަސާސީގެ 50 ވަނަ މާއްދާއިން ޕްރޮސިކިއުޓަރ ޖެނެރަލަށް ދީފައިވާ އިހުތިޔާރީ ބާރެއް ކަމަށާއި،މި ބާރު ބޭނުންކުރުމުގެ އަސާސީ ހަމައަކީ އެމީހަކާ ދެކޮޅަށް ދައުވާ އުފުލޭ މިންވަރަށް ހެކި ހުރިކަން ނުވަތަ ނޫންކަން ވަޒަންކުރުންކަން ގާނޫނުއަސާސީގެ 223 ވަނަ މާއްދާއިން ސާފުވާ ކަމަށެވެ.
11.2.2. މައްސަލައިގާ ހިމެނޭ ދެމީހުންނަށް ދެ ދައުވާއެއް ކޮށްފައިވުމަކީ ދައުލަތުގެ ނުނިޔަތެއް އޮތްކަމެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުން އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއްނޫން ކަމަށެވެ.
12މި ނުކުތާގައި ފާހަގަކޮށްފައި ވަނެ، "ހެއްކާބެހޭ ގާނޫނުގެ 89 ވަނަ މާއްދާގައިރިޕޯޓެއް ގަބޫލުކުރެވޭނީ ނަމާއި ސޮއިއާއެކު ދޫކޮށްފައިވާނަމަކަމަށް ބަޔާންކުރާއިރު، ކޮންޓްރީލް ޑެލިވަރީ އޮޕަރޭޝަން ލޮގްގައި ޗީފް އިންސްޕެކްޓަރ އަޙްމަދު ވަޙީދުގެ ސޮޔާއި ކަމާބެހޭ އެހެނިހެން ފަރާތްތަކުގެ ސޮއި ނެތަސް، "މ އެންމެހައި ހެކިތަކަކީ މާމރުހަލާގައި މައްސަލައުގުޅުންހުރި ހެކިތަކަށްވާތީއާއި މިހެކިތަކާއ ގުޅިގެނި އިމްތާޒު ރަޝީދުގެ ފަރާތުން ފާހަގަކުރާ ސަބަބުތަކަށް ގޮތެއް ކަނޑައެޅިގެންދާނީ މައްސަލަ މައުލޫއީ ގޮތުން ބެލުމަށްފަހު މައްސަލައިގެ ހެކި ގަރީނާ ވަޒަންކޮށްގެން" ކަމުގައި ކޯޓުން ނިންމީ ހެއްކާބެހޭ ގާނޫނުގެ 60 )އ ތުލިޔުނަ ނުވަތަ ސޮއި ސާބިތުކުރުން( އަދ 89 ވަނަ މާއްދާ )ފޮރެންސިކް ހެކް ހުށަހެޅުން( އާ ހިލާފަށް " ކަމަށެވެ.
12.1. މި ނުކުތާގެ ތަފުސީލުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަމުގެ ހުލާސާ މި
12.1.1. ހެއްކާބެހޭ ގާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ލިޔުމެއް ނުވަތަ ލިޔުމެއްގެ ބައެއ ވަކް މީހަކު ލިޔެފައިވާކަމަށ ނުވަތް ސޮއިކޮށްފައިވާ ކަމަށް ބުނާނަމަ، އެކަނ ސަރިޔަތަށ ހުށަހެޅް ފަރާތުން ސާބިތުކޮށްދޭންޖެހޭނެ ކަމަށާއި، ހެއްކާބެހޭ ގާނޫނުގެ 89 ވަނަމާއްދާގައ ބަޔާންކުރި ގޮތުގައި، ފޮރެންސިކް ހެކީގެ ތެރޭގައި އިނގިލީގެ ނިޝާން، ޑެއެންއޭ، ފޮޓޯ، ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި ހޯދާ މައުލޫމާތު، އޮޓުޕްސީނ ލިބް މައުލޫމާތު އަދި ކުށުގެ ވެށިން ފެންނަ މާއްދީ ހެކި ހިމެނޭކަމަށެވެ. ގާނޫނުގައިވާ ގޮތުގެ މަތިން ނެގޭ ފޮރެންސިކް ހެއްކާއި އެއަށް ބިނާކޮށް ހަބީރުން ތައްޔާރުކުރާ ރިޕޯޓުތައް ސަރިޔަތަށ ގަބޫލުކުރެވޭނީ އެ ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ނަމާއި ސޮއިއާއެކު ދޫކޮށްފައިވާނަމަ ކަމަށެވެ.
12.1.2. ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ލޮގަކީ ފޮރެންސިކް ހެއްކެއް ކަމުން، އޭގައި އިސްވެރިޔާގެ ސޮއި ނެތުމުން، އަދި އޮޕަރޭޝަން ނިންމާލިކަމަށް ސޮއިކޮށްފައިނެތުމުން މި ހެކި ހެއްކާބެހޭ ގާނޫނުގެ 89 ވަނަ މާއްދާގެ )ނ( އާ ހިލާފުވާކަމަށެވެ.
12.2. މި ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި މުހިއްމު ކަންކަން ތިރީގައި މި
12.2.1. މ މައްސަލައިގާ ފެނުނު މަސްތުވާތަކެތި އިމްތާޒް ރަޝީދާ ގުޅޭކަން ނުވަތަ ނޫންކަން ވަޒަންކުރެވޭނ މައްސަލީ މައުލޫއީ ގޮތުން ބެލުމަށްފަހުގައި ކަމަށްވާތީ، ޗެއިން އޮފް ކަސްޓަޑީގައި ހުރިކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭ އުނި ކަންކަމުގެ މައްޗަށް ބަލައި ދައުވާ ބާތިލުކުރެވޭނެ ހަމައެއް ނެތްކަމަށެވެ.
13މި ނުކުތާގައި ފާހަގަކޮށްފައި ވަނެ، "ހެކިބަސްދޭ އާދަމް ޝާހިދުގެ އަދުލުވެރިކަމާމެދު އިމްތާޒް ރަޝީދުގެ ފަރާތުނު ސުވާލު އުފައްދާފައިވާއިރު، "އެކަންކަމަކީ މައްސަލައިގެ ސަރިޔަތުގ މަރުހަލާގެ ތެރެއިން އެކަންކަން ސަރިޔަތުން ކަށަވަރުކުރާނެ ކަންކަމަށްވެފައި، އަދި އެކަމާ ގުޅޭގޮތުން ދެފަރާތަށްވެސް ބަސްބާނުމުގެ ފުރުސަތު ލިބިގެންދާނެތީއާއި، އެހެއްކަށ ދޭން ބުރަދަނަކީ ހެކި ގަރީނާ ވަޒަންކުރުމަށްފަހު ސަރިޔަތުނ ނިންމް ނިންމުމަކަށްވެފައި، މި މަރުހަލާގައި ހެކި ގަރީނާ ވަޒަންކޮށް މައުލޫއީ ގޮތުން މައްސަލަ ބެލުމަކާ ނުލައި އެއާމެދު ގޮތެއް ނިންމޭނެ ނިންމުމަކަށްނުވާތ، މި ހިނދަށް މި ހެކިން ބަލައިގަތުމަށް" ސަރިޔަތުނ ނިންމާފައިވަނީ ހެއްކާބެހޭ ގާނޫނުގެ 48 ވަނަ މާއްދާ )ހެކިބަސް ދިނުމުގެ އަދުލުވެރިކަން ހުރުން( އާއި 51 ވަނަ މާއްދާ )ހެކިބަސް ނަގައިގެންނުވާނެ ހާލަތްތައް( އާ ހިލާފަށް" ކަމަށެވެ.
13.1. މި ނުކުތާގެ ތަފުސީލުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަމުގެ ހުލާސާ މި
13.1.1. އާދަމް ޝާހިދުގ ކުށުގެ ރެކޯޑާއި، ގިނަ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާކަން މުއްދަތު އަމުރުތަކުގައި ފާހަގަކޮށްފައިވާތީ، އޭނާގެ ތެދުވެރިކަމާމެދު ސުވާލު އުފެދޭކަމަށެވެ. އާދަމް ޝާހިދުގ އެންމެ ބޮޑު މަސްލަހަތަކަށް މިހާރުވާނ އޭނާއަށް އިތުރު ދައުވާއެއް ނުކުރުމުގެ މައްޗަށް ދގޮހެކިބަހެއ ދިނުން ކަމަށާ، ވީމާ ހެކިބަސްދޭ މީހާއާ ހަސްމާ މަސްލަހަތު ފުށުއާރާތ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ 3 ވަނަ ނަންބަރުގެ ދަށުން އާދަމް ޝާހިދުގ ބަޔާނެ އަދި އިންޓަރވިއު ގަބޫލު ނުކުރުމަށް އެދޭކަމަށެވެ.
13.2. މި ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި މުހިއްމު ކަންކަން ތިރީގައި މި
13.2.1. ސުޕްރީމް ކޯޓުގެ 2023/SC-A/16,17 )ޢަބްދުﷲ ޔަމީނ ޢަބްދުލްޤައްޔޫމް އަދި އަޙްމަދ ކްރިކް ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލް( ގަޒިއްޔާގައި ބަޔާންކޮށްފައިވާ ހެކި ބަލައިގަތުމަށްޓަކައި ފުރިހަމަވާންޖެހޭ ކަންކަން ހެކީގައި ފުރިހަމަވާކަމަށެވެ. އަދި ސުޕްރީމް ކޯޓުގ 2022/SC-A/75 )އިސްމާޢީލް އިފްހާމް މުޙައްމަދް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( އުސޫލުތައް މި މައްސަލައަށް ތަތުބީގުކުރުމުން ނަތީޖާއަކީ މި މަރުހަލާގައި ހެކި ބަލައިގަތުން ކަމަށާއި، އެހެންނަމަވެސް، ސަރިޔަތުގެ މަރުހަލާގައި އެ ހެކި ތައުނުކުރުމުގެ ފުރުސަތު އިސްތިއުނާފުކުރ ފަރާތަށް ލިބިދިނުން ކަމަށެވެ. ވީމާ، މި މަރުހަލާގައި ހެކި ބަލައިގަތުމަށް ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ.
14މި ނުކުތާގައިފާހަގަކޮށްފައި ވަނަ، " އިމްތާޒް ރަޝީދުގެ ފަރާތުން އެގްޒިބިޓ 7 ގެ ގޮތުގައެ ހުށަހަޅާފައިވާ ލިޔުމުގެ 1 ވަނަ ނަންބަރުން ފެށިގެން 9 ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ލިޔުންތަކަކީ އާދަމް ޝާހިދުގެ ވަނަވަރާއި، ޒާތީ މައުލޫމާތާއި އިޖުރާއީ ލިޔެކިޔުންތަކަކަށްވާތީއާއި، މި ލިޔެކި ޔުންތަކަކ ދިފާއީ ބިނާކުރުމަށްޓަކައި ކޮންމެހެން ހާމަކުރަންޖެހޭ ލިޔެކިޔުމަކަށް ނުވާތީއާއި މި މައްސަލާގައި އިމްތާޒް ރަޝީދާއި ދެކޮޅަށ ހުރް ހުރިހާ ލިޔެކިޔުންތައް ހިއްސާކުރެވިފައިވާތީ، "މިއީ ދައުވާލިބޭ ފަރާތުގެ ދޫކުރަންޖެހޭ ލިޔުންތަކެއް ކަމަށް ނުދެކޭތީ، މި ހުށަހެޅުން ބަލައިނުގަތުމަށް" ކޯޓުން ނިންމީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 129 ވަނަ މާއްދާ )ދައުލަތުން ހެކް ހާމަކުރުން( އާ ހިލާފަށް" ކަމަށެވެ.
14.1. މި ނުކުތާގެ ތަފުސީލުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަމުގެ ހުލާސާ މި
14.1.1. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 129 ވޭނ މާއްދާގަ ދަށުން، ދައުލަތުން އާދަމް ޝާހިދުއާ ގުޅު ވަނަވަރާއި ޒާތީ މައުލޫމާތާއި، އިޖުރާއީ ލިޔެކިޔުންތައް ދިފާއަށް ހާމަކޮށްދޭންޖެހ ކަމަށާއި، އެ ލިޔުންތަކަކީ ދިފާއު ފުރިހަމައަށް ބިނާކުރުމަށް މުހިއްމު، ދައުލަތުގެ މައިގަނޑު ހެކިވެރިޔާގެ އަދުލުވެރިކަމ ގުޅާ މައުލޫމާތުކަމަށް ވާތީ އެ ލިޔުންތައް ހާމަކުރުމަށް އިންކާރުކުރުމަކީ ގާނޫނާ ހިލާފުކަމެއް ކަމަށެވެ.
14.2. މި ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި މުހިއްމު ކަންކަން ތިރީގައި މި
14.2.1. އާދަމް ޝާހިދުގެ ވަނަވަރުގައ ހުރި އަސާސީ މައުލޫމާތަކީ އިސްތިއުނާފުކުރާ ފަރާތަށް ދޫކޮށްފައިވާ ފޯލިއޯ ނަންބަރ 3 ގައިވާ ބަޔާނުގައިވެސް ހުރި މައުލޫމާތުކަމަށާއި، ހާމަކުރުމަށް އެދިމައުލޫމާތުތަކުނ އާދަމް ޝާހިދުގެ އަދުލުވެރިކަން ތައުނުކުރުމަށް ބޭނުންވާ އެއްވެސް މައުލޫމާތެއް އެކުލެވިގެން ނުވާކަމަށެވެ. އަދި ހައިކޯޓުގެ ސަރިޔަތުގެ އަޑުއެހުމުގައި އާދަމް ޝާހިދުގ ކުށުގެ ރެކޯޑުގެ ވާހަކަ ބަޔާންކުރި ނަމަވެސް، ދަށުކޯޓުގައި ކުށުގެ ރެކޯޑު ކަމަށ ބަޔާންކޮށްފައިނުވާކަމަށެވެ.
15އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ހުށަހެޅުމުގެ ކުރިން އިޖުރާއީ އިއުތިރާޒެއް ދައުލަތުން ހުށަހެޅިއެވެ. ދައުލަތުން ހުށަހެޅި އިއުތިރާޒުގައ ފާހަގަކުރި ކަންކަން މި ބަޔާންކުރަނީއެވެ.
15.1. ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 )އިސްމާޢީލް އިފްހާމް މުޙައްމަދް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލަށް ރިއާޔަތްކުރާއިރު، މި އިސްތިއުނާފުގައި ހެކި ބަލައިނުގަތުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތައް ހައިކޯޓުގައި ކުރިއަށް ނުގެންދެވޭނެކަމަށެވެ.
15.2. އިސްތިއުނާފު ހުށަހެޅި ފަހުން 26 ނޮވެންބަރު 2025 ގައި މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް ދަށުކޯޓުގައި ބޭއްވިފައިވާއިރު، މި އިސްތިއުނާފު ހުށަހަޅާފައިވާކަމުގެ މައުލޫމާތު އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓުގެ ސަރިޔަތަށް ދީފައިނުވާކަމަށެވެ. މައްސަލައިގެ ސަރިޔަތް މިހާރު ފެށިފައިވާތީ، މި މައްސަލަ ހިންގުމުގެ ފާއިލިއްޔަތެއް މިހާރު ނެތްކަމަށެވެ.
15.3. މ އިސްތިއުނާފުގައި ޖުމްލަކޮށް ބަޔާންކޮށްފައިވަނީ ދަށުކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ކަމަށާއި، ދަށުކޯޓުގެ ނިންމުން ގޯސްވާ ސަބަބު ބަޔާންކޮށް، ގާނޫނު ނަންބަރު 22/2010 )ދިވެހިރާއްޖޭގެ ކޯޓުތަކުގުޤ ނޫން( )މީގެ ފަހުން "ކޯޓުތަކުގެ ގާނޫނު"( ގެ 43 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ހާލަތެއް އިސްތިއުނާފުކުރާ ފަރާތުން މި އިސްތިއުނާފުގައި ފާހަގަކޮށްފައިނުވާކަމަށެވެ.
16މި އިސްތިއުނާފި ނިންމައިދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން އެދިފައވ ގޮތާ މި ބަޔާންކުރަނީއެވެ. "1. މި މައްސަލައިގެ ތަހްގީގު އެކަށީގެންވާ މިންވަރަށް ފުރިހަމަކޮށްފައި ނުވާއިރު، އަދި ތަހުގީގު ފުރިހަމަނުވާ މައްސަލަ ސަރިޔަތަށް ހުށަހެޅުމަކީ ޖިނާއީ އިޖުރާއތުގ ގާނޫނުގެ 5 ވަނަ މާއްދާއާ ހިލާފު ކަމަކަށް ވަޓީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނި މާއްދާގަ )ހ( ގެ ދަށުން ދައުވާއައިގެނ ކުރިއަށް ނުދެވޭނެކަމަށް ކަނޑައަޅައި، ދައުވާއަކީ ބާތިލު ދައުވާއެއް ކަމުގައި ކަނޑަޅައ؛ އަދި/ނުވަތަ
2. ހައިކޯޓުގެ ގަޒިއްޔާ 2016/HC-A/451 ގައި، ޗެއިން އޮފް ކަސްޓަޑީގައި ސައްކުކުރެވޭ ކަމެއް އޮވެއްޖެނަމަ ދައުވާލިބޭ މީހާއާ ހެއްކާ ނުގުޅުވޭނ ކަމަށެ ބަޔާންކޮށްފައިވާތީ، މި މައްސަލައިގައި ޕެކެޖުގައ ހުރި ތަކެތީގެ ސައްހަކަން ކަށަވަރު ނުވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަން މާއްދާގަ )ހ( ގެ ދަށުން ދައުވާއައިގެނ ކުރިއަށް ނުދެވޭނެކަމަށް ކަނޑައަޅައި، ދައުވާއަކީ ބާތިލު ދައުވާއެއް ކަމުގައި ކަނޑައަޅައި؛ އަދި/ ނުވަތަ
3. މި މައްސަލައިގައި ދައުވާކުރުމުގައި ގާނޫނާ ހިލާފަށް ތަފާތުކުރުން ބޭނުންކޮށްފައިވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )2( ދަށުން ދައުވާކުރުމަށ ހުރަހަކަށް ވެދާނެ ދިފާއެއް، ގާނޫނުއަސާސީގެ 20 ވެނ މާއްދާގަ ދަށުން އޮތަތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 120 ވަނި މާއްދާގަ )ނ( ގެ ދަށުން މި މައްސަލަ ބެލޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ނުވަތަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މާއްދާގަ )ހ( ގެ ދަށުން ދައުވާއައިގެނ ކުރިއަށް ނުދެވޭނެކަމަށް ކަނޑައަޅައި، ދައުވާއަކީ ބާތިލު ދައުވާއެއް ކަމުގައި ކަނޑައަޅއ؛ ނުވަތަ
4. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )3( ގެ ދަށުން އަންނަނިވި ހެކިތައް ގަބޫލުނުކުރެވޭނެކަމަށް ކަނޑައަޅައި: )1( ފޯލިއޯ 47 – "ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ލޮގް )2( ފޯލިއޯ 3 – އާދަމް ޝާހިދުގެ ބަޔާން )3( އާދަމް ޝާހިދުގެ އިންޓަރވިއު ރިކޯޑިންގ )4( އާދަމް ޝާހިދުގެ ހެކިބަސް އަދި/ ނުވަތަ
5. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 129 އަދި 132 ވަނަ މާއްދާގެ ދަށުން، ގަޒިއްޔާ ނަންބަރު 483/Cr-C/2025 )މަސްތުވާތަކެތި އެތެރެކުރުން( އާ ހަވާލާދީ، އަދި/ނުވަތަ ގަޒިއްޔާ ނަންބަރު 482/Cr- C/2025 )ކެނެބިސް ބޭނުންކުރުން( އާ ހަވާލާދީ، އެގްޒިބިޓް 7 ގައް ލިސްޓްކުރެވިފައިވާ ހެކިޔައް )ނުވަތަ ހެކިތަކުން ބައެއް ހެކި( ހާމަކުރުމަށް ދައުލަތަށް އަމުރުކޮށް"
17ދައުލަތުން އެދިފައި ވަނީ،އިސްތިއުނާފުކޮށްފައިވ ނިންމުނާ ނިންމާފައިވަން ގާނޫނީ އެއްގޮތަށް ކަމަށ ކަނޑައަޅައި، ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅުމަށެވެ.
18އިސްތިއުނާފަ ށ ހުށަހަޅާފައިވާނުކުތާތައް ބައްޓަންވެފައ ހުރި އިސްތިއުނާފީ އޮޅި ގިރާވާ މިންވަރަށުތި އާމެދު މި އިސްތިއުނާފުގެ އަޑުއެހުމުގައި ބަހުސް ހިނގިއެވެ. މިހެންވެ މި ކަމުގެ މައްޗަށް އިހަށް ނަޒަރުކުރާނީއެވެ.
19ޕްރިސިޑެންސް 1ކޯޓުތަކުގެ ގެނޫނގ 43 ވަނަ މާއްދާއަށް ބަލާއިރު، ދަށު ކޯޓުގެ ހުކުމެއް ނުވަތަނިންމުމެއްހައަކޯޓުގައ އިސްތިއުނާފަ ކުރެވޭނީ، އިސްތިއުނާފށ ހުށަހަޅް ހުކުމް ނުވަތެނިންމުން ބިނާވާފައ ވަނި ގާނޫނީ ހިލާފަށްކަމަށް ގަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުމާއި، ގާނޫނު ތަތުބީގުކުރުމުގައ ނުވަތި ގާނޫނު މާނަކުރުމުގައި ކުށެއ ހެދިފައިވާކަމަށް ގަބޫލުކުރެވޭނެ ކަންކަން ހުރުމާއި، ކޯޓުގެ ނިންމުމުގެ ކުރިއަށް އައި އިޖުރާއެ ތެއްގައ ހިމެނޭ ވަކި ބާވަތްތަކެއްގިއައިބއްގެ ސަބަބުން ކޯޓުގެ ހުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވާ އިޖުރާއަތަކީ ބާތިލު އިޖުރާތެއް ކަމުގައިވުމާއި، މި ހާލަތްތަކުންކުރެ ހާލަތެއްގައެވެ.
20ޕްރިސިޑެންސް 2ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 )އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލްޕްމަންޓް ކޯޕަރޭޝަނު ލިމިޓެޑް( މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގް އ ބަޔާންކޮށްފައި ވަނީ، ފަނޑިޔާރު ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށްނުވަތ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށާނުވަތަ ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ނުވަތަ ދަށުކޯޓުން މައްސަލަ ނިންމާފައި ވަނީ ތިމަންނަގެ ގާނޫނު ނަންބަރު 22/2010 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ގާނޫނު(ގެ 43 ވަނަ މާއްދާގެ )ށ( ގައި ބަޔާންކޮށްފައި ވަނީ އަންނަނިވި ބާވަތްތަކެވެ. )1( އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން )2( ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސް އަޅާފަދ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން )3( ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން )4( ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން ހައްގު ގެއްލޭ ގޮތަށްކަމަށް ނުވަތަ އަދުލުއިންސާފަށް ހުރަސްއެޅޭ ގޮތަށް ކަމަށެހަމައެކަނި ބުނާބުނުމަކުނެއް މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވޭނެކަމށްވެ.ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށްނުވަތް ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ނުވަތަ ދައްކާފައިވާ ވާހަކަތަކަށާރިއާޔަތްކޮށްފައި ނުވާކަމަށް ނުވަތަ ހައްގުތައް ގެއްލިފައިވްކަމަށ ނުވަތް އިންސާފަށް ހުރަސްއެޅިފައިވ ކަމަށާ ހަމައެކަނެބުނބުނުމުގ އިތުރުން އިތުރުކަމެއްއަދި އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފުކުރމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެކަމަށވެ.
21ޕްރިސިޑެންސް 3މައްސަލައެއް ޝަރއުނިޒާމުގެ ތިން މަރުހަލާއިން ބެލެވުމުގެ މާނައަކީ ދަށުކޯޓަށް ހުށަހެޅޭ ދްއުވައެއ އޮތް ގޮތަށް އެ މައްސަލަ އަލުންތިން ފަހަރު ބެލުނު ނޫންކަމަށް، ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/98 )ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް )މޯލްޑިވްސް ޕޮލިސް ސަރވިސް(( ގަޒިއްޔާގައި ބަޔާންކޮށްފައިވެއެވެ.
22ޕްރިސިޑެންސް 4ޕްރިސިޑެންސް 5މި ފާހަގަކުޅަ ގާނޫނީ ހަމަތަކަށް ބަލައި، އިސްތިއުނާފުކޮށްފައިވާނިންމުމުގައި ގާނޫނަހްލާފެއްވާކަމަށ ނުވަތް ގާނޫނު ތަތުބީގު ކުރުމުގައި ނުވަތަ ގާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ނުވަތަ ނިންމުމަށް އަސަރުކުރުވަނިވި އިޖުރާއީ ގޯހެއް ހިނގާފައިވާކަމަށް ގަބޫލުކުރެވދާނީގާނޫނީހަގީގ ބަހުސެއްއުފެދޭ މިންވަރަށް ހަރުދަނާ ގާނޫނީ ސަބަބުތަކެއް މި އިސްތިއުނާފުގައިވާ އިސްތިއުނާފީ ނުކުތާތަކުގައި އެކުލަވައިގެންވޭތޯއާމެދްއ ނުކުތާތަކަށް ވަކިވަކިން ނަޒަރުކޮށް ފެންނަ ގޮތް މި ބަޔާންކުރަނީއެވެ.
22.1. އިސްތިއުނާފީ ފުރަތަމައަދި ދެ ވަނަ ނުކުތާއަށް ބަލާއިރު، އިސްތިއުނާފުކޮށްފައިވާނިންމުމުގައވި ގާނޫނީ ގޯހެއް ކަމަށް އިޝާރާތްކޮށްފައި ވަނަ"މި މަރެޙަލާއަކީ ކޮންމެ ހެއްކެއްގްޞައްޙކަނ ވަކިވަކިން ބަލައި އެކަށީގެންވާ ތުޙުޤީޤައް ކުރުމަށްފަހު ހެކި ހޯދިފައިވޭތޯ ބަލައި މަރޙލާއެއް ނޫން" ކަމަށް ކޯޓުން ކަނޑައަޅާފައވުމެވެ.މި ދެ ނުކުތާގެ މުޅި ތަފުސީލަށ ފަރުވާތެރިކަމާއެކު ބެލިއިރު ވެސް،އިސްތިއުނާފީ މި ދެ ނުކުތާގެ ފަހަތުކޮޅުގައި ގާނޫނީ ނައްސތަކަކ ހަވާލާދީފައި،ކޯޓުގެ ކަނޑައެޅުން އެ ނައްސތަކުހި ލާފެކަމިށް ބުނިފައ އޮތް އޮތުން ފިޔަވައި، ކޯޓުގެ މި ކަނޑައެޅުންއ ނައްސުތަކީހލާފުކަމަށް ފެންނަންގާނޫނީ ކޮން ސަބަބަކާހުރކަނެ އެއްވެސް ގޮތަކަށްބަޔާންކޮށްފައި އޮތް ތަނއ ނުފެނުނެވެ. ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައި ވަނީ މި ދެ ނުކުތާގައި ހަވާލާދޭ ދެ ހުށަހެޅުނު ބަލައިގަތުމަށް އެދި ދަށުކޯޓަށް ހުށަހެޅި ސަބަބުތަކެވެ. އެ ނޫން ވާހަކައެއް ނެތެވެ.
22.2. ތިން ވަނަ ނުކުތާއަށް ބަލާއިރު، އިސްތިއުނާފުކޮށްފައިވާނިންމުމުގައިވ ގާނޫނާ ގޯހެއް ކަމަށ އިޝާރާތްކޮށްފައި ވަނީ ދަ " ޢެވާކުރުމަށް ހުރަހަކަށްވެދާނެ ދިފާޢު އްގެ ގޮތުގައި މި ދިފްޢ ނެގިދާނެކަމަށ ޝަރީޢތުން ނުދެކަ " ކަމަށް ކޯޓުން ނިންމފައިވުމެވެ.މި ނިންމުނެހ ލާފު ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 120 ވުނ މާއްދާގަ )ނ( އާ ކަމަށް ބަޔާންކޮށް،އެ ފަދައިން ދެކޭ ސަބަބްކޮންމެވެސ މިންވަރަކަށި އިސްތިއުނާފުގެ ތަފުސީލުގއަ ބަޔާންކޮށްފައިވެއެވެ. ނަމަވެސް،ވަކި ދިފާއެއް އެއީ ދައުވާކުރުމަށ ހުރަހަކަށް ވެދާނެ ދިފާއެއ ގޮތުގައި ނެގިދާނެ ދިފާއެއ ނޫން ކަމަށް ކޯޓުން ނިންމާފައިވާ ނިންމުމަކާ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 120 ވަނަ މާއްދާގެ )ނ( ގައި ބަޔާންކޮށްފައިވާ، "ދަޢުވާކުރުމަށ ހުރަހަކަށް ވެދާނެ ދިފާޢެއް ކަމަށް ޤާނޫނެއްގައި ބަޔާންވެގެންވާ ދިފާޢެއް އޮވެގެން، މި މާއްދާގެ ދަށުން ދަޢުވާ ލިބޭ ފަރާތުން އެ ދިފާޢު ހުށަހަޅައި މަދަނީ މިންގަނޑުން އެ ދިފާޢު ސާބިތުކޮށްދީފިނަމަ، އެ ދަޢުވާ ބެލޭނެ ތަނެއް ނެތްކަމަށް އެ ހިސާބުން ކޯޓެން ކަނޑައަޅައި، މައްސަލަ ނިންމަންވާނި" ކަމަށް އޮންނަ އުސޫލުހާލާފޭވަކަމަށް ދެކްގޮތަކީ ނުވަތެސަބަބަކީ ކޮބައިކަން އިސްތިއުނާފީ ބަހުސެއް އުފެދޭ މިންވަރާ ގާތަށް ވެސް މި ނުކުތާގައި ބަޔާންކޮށްދެވިފައިވާ ތަނެއް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމުގެ ޕެރަގްރާފް 7.3.8 އަދި 7.3.9 ނުފެނެއެވެ. މި ނުކުތާގެ ތަފުސީލުގައި ވެސް ބަޔާންކޮށްފައި ހުރީ،މ ނުކުތާގައި ހަވާލާދޭ ހުށަހެޅުން ބަލައިގަތުމަށް އެދި ދަށުކޯޓަށް ހުށަހެޅި ސަބަބުތައް ހަމަ އެގޮތުގައި ތަކުރާރުކޮށްފައެވެ.
22.3. ހަތަރު ވަނަ ނުކުތާއަށް ބަލާއިރު، އިސްތިއުނާފުކޮށްފައިވާނިންމުމުގައިވ ގާނޫނާ ގޯހެއް ކަމަށ އިޝާރާތްކޮށްފައި ވަނީ" މި އެންމެހައި ހެކިތަކަކީ މި މަރި ޙ ލާގައި މައްސަލައާ ގުޅުންހުރި ހެކިތަކްކަ ށްވާތީއާއި މިހެކިތަކާއ ގުޅިގެނި އިމްތާޒު ރަޝީދުގެ ފަރާތުން ފާހަގަކުރާ ސަބަބުތަކަށް ގޮތެއް ކަނޑައެޅިގެންދާނީ މައްސަލީ މައޟޫޢުގޮތުން ބެލުމަށްފަހު މައްސަލައިގެ ހެކި ޤަރީނާ ވަޒަންކޮށްގެން" ކަމަށި ކޯޓުން ނިންމާފައިވުމެވެ.މީނުކުތާގެ މުޅި ތަފުސީލަށ ވެސް ފަރުވާތެރިކަމާއެކު ބެލިއިރު، މ ނުކުތާގެ ފަހަތުކޮޅުގައި ގާނޫނު ނައްސުތަކަކާ ހަވާލާދީފައ ކޯޓުގި ނިންމުން އެ ނައްސުތަކޭ ހލާފި ބަޔާންކޮށްލެނ ފިޔަވައި، ކޯޓުގ ނިންމުނިއެ ނައްސުތަކާހލާފުކަމަށިދެކެނީ ކިހިނެއްކަން އެއްވެސް މިންވަރަކަށް ބަޔާންކޮށްފައި ވާތީއެއް ނުފެނުނެވެ.މި ނުކުތާގެ ތަފުސީލުގައިވެސެ ބަޔާންކޮށްފައި ވަން މި ހުށަހެޅުން ބަލައިގަތުމަށް އެދި ދަށު ކޯޓަށް ހުށަހެޅި ސަބަބުތައް ހަމަ އެ ހުރި ގޮތަށެވެ. އ ނޫން ކަމެއް ނެތެވެ.
22.4. ފަސް ވަނަ ނުކުތާއަށް ބަލާއިރު، އިސްތިއުނާފުކޮށްފައިވާނިންމުމުގައވި ގާނޫނާ ގޯހެއް ކަމަށ އިޝާރާތްކޮށްފައި ވަނީ "އެކަންކަމަކީ މައްސަލައިގެ ޝަރީޢަތުގެ މަރްޙަލާގެ ތެރެއިން އެކަންކަން ޝަރީޢތުން ކަށަވަރުކުރާނެ ކަންކަމަށްވެފައި، އަދި އެކަމާ ގުޅޭގޮތުން ދެފަރާތަށްވެސް ބަސްބުނުމުގަ ފުރިޞުތު ލިބިގެންދާނެތީއާއި، އެހެއްކަށ ދޭން ބުރަދަނަކީ ހެކުޤަ ރީނާ ވަޒަންކުރުމަށްފަހްޝަރީޢތުނ ނިންމާ ނިންމުމަކަށްވެފައި، މި މަރުޙަލާގައި ހެކުޤީރީނާ ވަޒަންކޮށް މައޟޫޢ ގޮތުން މައްސަލަ ބެލުމަކާ ނުލައި އެއްއާ މެދު ގޮތެއް ނިންމޭނެ ނިންމުމަކަށްނުވާތީ، މި ހިނދަށް މި ހެކިން ބަލައިގަތުމަށް" ކޯޓުން ނިންމާފައިވުމެވެ. މި ނުކުތާގެ ތަފުސީލުގައި ވެސީމި ނިންމުން ގާނޫނު އުސޫލަކާ ހިލާފުވ ކަމަށާ ދެކެނީ ކީއްވެކަން ބަޔާންކޮށްފައި ނުވެއެވެ.ނުކުތާގެ ފަހަތުކޮޅުގައި ގާނޫނީ ނައްސީއް ހިމަނާލާފައި އޮތްކަމެވެ. ތަފުސީލުގައި ހުރި މި ނުކުތާގައި ވެސް ހަވާލާދޭ ހުށަހެޅުން ބަލައިގަތުމަށް އެދި ދަށުކޯޓަށް ހުށަހެޅި ސަބަބުތަކެވެ. އިސްތިއުނާފީ ބަހުސެއް ނެތެވެ.
22.5. ހަ ވަނަ ނުކުތާއަށް ބަލާއިރު، އިސްތިއުނާފުކޮށްފައިވާނިންމުމުގައިވ ގާނޫނާ ގޯހެއް ކަމަށ އިޝާރާތްކޮށްފައި ވަނީ"މިއީ ދިޢވާލިބޭ ފަރާތުގެ ދޫކުރަންޖެހޭ ލިޔުންތަކެއް ކަމަށް ނުދެކޭތީ، މ ހުށަހެޅުން ބަލައިނުގަތުމަށް" ކޯޓުން ނިންމާފައިވުމެވެ. މި ނުކުތާގައި ހަވާލާދޭ ހުށަހެޅުނު ލިޔުމުގެ 1 ވަނަ ނަންބަރުން ފެށިގެން 9 ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ލިޔުންތަކަކީ އާދަމް ޝާހިދުގެ ބައިގައިއެފަރާތުގެ ވަނަވަރާއި، ޒާތީ މައުލޫމާތާއި އިޖުރާއީ ލިޔެކޔުންތަކަކަށްވާތީއާއި، މި ލިޔެކިޔުންތަކަކީ ދިފާޢު ބިނާކުރުމަށްޓަކައި ކޮންމެހެނިހާމަކުރަންޖެހޭ ލޔެކިޔުމަކަށް ނުވާތީއާއި މި މައްސަލާގައި އިމްތާޒް ރަޝީދާއީދެކޮޅަށ ހުރް ހުރިހާ ލިޔެކިޔުންތައް ހިއްސާކުރެވިފައިވާތ" ކަން، އިސްތިއުނާފުކޮށްފައިވާ ނިންމުމުގެ 23 ވަނަ ނުކުތާއިން އެނގޭއިރު، ކޯޓުގެ މި ރިއާޔަތްކުރުން ގާނޫނީ އުސޫލަކާ ހިލާފުވީކަމަށް ދެކާ ސަބަބަކާކޮބައިކަން އިސްތިއުނާފީ މި ނުކުތއިންމެ ފެންނާކަށް ނެތެވެ. ކޯޓުން ޖަވާބު ދޭންވީ ސުވާލު ސާފެއް ނުވެއެވެ.
22.6. އިސްތިއުނާފީ ކޮންމެ ނުކުތާއެއްގެ ނިމޭކޮޅްގައު ގާނޫނީ ނައްސެއް ހިމަނާފައި،ކޯޓުގެ ނިންމުން ނުވަތަ ކަނޑައެޅުން އެއާ ހިލާފޭ ހަމައެކަނި ބަޔާންކޮށްލުމަކުން އިސްތިއުނާފީ މައިދާނަށް ހެޔޮވަރު ގާނޫނީ ސަބަބތަކެއުދެއްކުނިއްޔެއް ނޫނެވެ.ގާނޫނަހަގީގްބަހުސުކަށ ތަކާވަރ ގާނޫނީ ސުވާލެއް އެ ސަބަބުތަކުން އުފެއްދެން ޖެހޭނެއެވެ.އެ މިންގަނޑު މި އިސްތިއުނާފުގައި ކަޑައްތއް ނުވެއެވެ.
22.7. މ އިސްތިއުނާފުގައި ފާހަގަވާން އޮތް އެހެނެ އުންޏަކީ، އެދު ގޮތުގައި ދަށުކޯޓުގެ އެއްވެސް ނިންމުމެއް ބާތިލު ކަމަށް ކަނޑައަޅަން އެދިފައި ނެތްކަމެވެ. ނުވަތަ ވަކި ކަނޑައެޅމެއ ގާނޫނީ އުސޫލކަ ހިލާފުކަމަށް ނިންމައިދިނުމަށިއެދިފައ ނެތި ކަމެވެ. ޖުމުލަކޮށް އެދިފައި ވަނީ ދަށުކޯޓަށް ހުށަހެޅ ހުށަހެޅުންތައް އެ ގޮތުގައި ބަލައިގަތުމަށެވެ.އެ ހުށަހެޅުންތަކާމެދު ދަށުކޯޓުން ކަނޑައެޅި ގޮތްތެއައ ހުރި ގޮތަށިބހައްޓާފައައެ ހުށަހެޅުންތަކމެދާމި ކޯޓށައެހެން ގޮތެއް ހެދިދާނެކަމަށް ބެލުމަކީ ކަސިޔާރު އަންދާޒާއކެވެ.
23ވިމާމަ ބަޔާނކުޅ ކަންކަމަށް ބަލާއިރު، މި އިސްތިއުނާފުގައި ހުށަހަޅާފައިވާ އެއްވެސް ނުކުތާއކުނަ އިސްތިއުނާފީ އޮޅި ގިރާވާ ކަމުގައި އަހުރެންނަށް ނުފެނެއެވެ.
24ބިޔާންވެދިޔަ ސަބަބުތަކަށްޓަކައަ އަހުރެންނަށް ފެންނަނީ،އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް،މި އިސްތިއުނާފާކުރިއަށްގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މިގަޒިއްޔ ނިންމށެވ.
25މި މައްސަލައިގައިފަނޑިޔާރ ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔަށް ތާއިދުކުރަމެވެ.
26މި މައްސަލައިގައި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން ގ ރައުޔަށް ތާއިދުކުރަމެވެ.
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ސުޕްރީމްކޯޓުގެ 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް)
- ސުޕްރީމްކޯޓުގެ 2019/SC-A/98 (ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް))
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ހ) އަދި 120 ވަނަ މާއްދާގެ (ނ) (ފަރާތްތަކުން ހަވާލާދީ)
- ސުޕްރީމްކޯޓުގެ 2022/SC-A/75 (އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް) (ދައުލަތުން ހަވާލާދީ)
- ސުޕްރީމްކޯޓުގެ 2023/SC-A/16,17 (ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އަޙްމަދު [ނަން ފުރަޅާފައި] ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލް) (ދައުލަތުން ހަވާލާދީ)
- ހައިކޯޓުގެ 2016/HC-A/451 (އިސްތިއުނާފުކުރި ފަރާތުން ހަވާލާދީ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 112، 115، 148 ވަނަ މާއްދާ (ދަޢުވާގެ އަސާސް)
- ބެންޗު
- ޢަބްދުލްމާނިޢު ޙުސައިން، ޙަސަން ޝަފީޢު، ޢަބްދުﷲ ޖަމީލް މޫސާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުލްމާނިޢު ޙުސައިން · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ޢަބްދުﷲ ޖަމީލް މޫސާ
- ޚިލާފު ރައުޔު
- ނެތް