ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/260
ހާރޫން އާދަމް އަދި އިތުރު ފަރާތްތައް ވ. ޢަލީ ޔޫސުފް، 2019/HC-A/260
Haaroon Adam and other parties v. Ali Yoosuf 2019/HC-A/260 (2019/HC-A/260, High Court of the Maldives, 31 January 2024)
ހާރޫން އާދަމް އަދި އިތުރު ފަރާތްތައް ވ. ޢަލީ ޔޫސުފް
މައިގަނޑު ސުވާލު
މަރުޙޫމް ބިންވެރިޔާއާއި، އޭނާ ބަރޯސާވެ ތިބި މީހާއާ ދެމެދު 50 އަހަރަށް ގެ ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12، 13 އަދި 15 ވަނަ މާއްދާގެ ދަށުން ނުރަނގަޅު ނުފޫޒު ބޭނުންކޮށްގެން ވެފައިވާ ބާޠިލު އެއްބަސްވުމެއްތޯ، އަދި ނުރަނގަޅު ނުފޫޒު ނެތްކަން ސާބިތުކުރުމުގެ ބުރަ އޮތީ ކާކުގެ މައްޗަށްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު (އެއްބަސްވުން ބާޠިލު ކަމަށް ކަނޑައެޅި)
ކަނޑައެޅުނު އުޞޫލުތައް
- ނުރަނގަޅު ނުފޫޒަކީ މީހަކު ހުރި މަޤާމެއްގެ ސަބަބުން ނުވަތަ ދެފަރާތުގެ މެދުގައި އުފެދިފައިވާ އިތުބާރެއް ނަހަމަގޮތުގައި ހިފައި، އަނެކާގެ މައްޗަށް ނުފޫޒު ފޯރުވައި އެ ފަރާތުގެ ރުހުމެއް ނެތި ކަންކަން ކުރުމެވެ؛ އަމިއްލަ އިޚްތިޔާރެއް ނެތި ވެވޭ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18.1، ސުޕްރީމް ކޯޓުގެ <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/rifaas_hussain_v_hussain_abdhulqaadhiru_2019_SC_A_99/"><bdi class="salj-latin" dir="ltr">2019/SC-A/99</bdi></a> ގެ އުޞޫލު)
- ނުރަނގަޅު ނުފޫޒު ދެ ބާވަތަކަށް ބެހެއެވެ: ސީދާ ނުފޫޒު ފޯރުވި ހާލަތުގައި ސާބިތުކުރުމުގެ ބުރަ އޮތީ ނުފޫޒު ފޯރުވިކަމަށް ބުނާ ފަރާތުގެ މައްޗަށެވެ؛ ނަމަވެސް ނުފޫޒު ފޯރުވިދާނެ މަޤާމެއްގައި ހުރެ ނުވަތަ ގުޅުމެއް އޮވެ ކޮންޓްރެކްޓެއް ވެއްޖެނަމަ ނުރަނގަޅު ނުފޫޒުގެ އިފްތިރާޟު ކުރެވި، ނުރަނގަޅު ނުފޫޒު ނުފޯރުވާކަން ސާބިތުކުރުމުގެ ބުރަ ފުރޮޅިގެންދަނީ އެ މަޤާމުގައި ހުރި ފަރާތުގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18.2-18.5، 18.9، 21)
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ ބޭނުމަށް ނުފޫޒު ފޯރުވިދާނެ މަޤާމެއްތޯ ދެނެގަތުމަށް، އެކަކަށް އަނެކާގެ މައްޗަށް ވަކި ބާރެއް ލިބިފައިވޭތޯ، ގުޅުމަކީ އިތުބާރުގެ މައްޗަށް އޮތް ގުޅުމެއްތޯ، އަދި އެކަކު އުމުރުގެ ނުވަތަ ޖިސްމާނީ/ނަފްސާނީ ސަބަބުން އަނެކާއަށް ދިރިއުޅުމުގައި ބަރޯސާވެފައިވޭތޯ ބަލަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18.6-18.7)
- ނުފޫޒު ނެތި ކޮންޓްރެކްޓެއް ވެފައިވާކަން ސާބިތުކުރުމަށް، މިނިވަން ފަރާތެއްގެ ޤާނޫނީ ލަފާ ހޯދުމާއި، މިނިވަންކަމާއެކު ކޮންޓްރެކްޓް ވެފައިވާކަން އެނގޭނެ މަޙައްލެއްގައި ނުވަތަ ފަންނީ މާހިރުންގެ ހާޟިރުގައި ވުން ފަދަ ހެކި ބޭނުންކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18.10)
- އެއްބަސްވުމެއް ކޯޓުގައި ރަޖިސްޓްރީކުރުމަކީ އެއްބަސްވުމުގައި ބަޔާންކުރާ ޙަޤީޤަތްތައް އެގޮތަށް ހުރިކަން ސާބިތުވާ ކަމެއް ނޫނެވެ؛ ރަޖިސްޓްރީކުރުމުގެ ބޭނުމަކީ ސޮއިކުރިކަމާއި އެއްބަސްވުމުގެ އަޞްލަށް ޚިލާފު ނުއުފެދުމުގެ މަގު ބަންދުކުރުމެވެ. އެހެންކަމުން، ކޯޓުގައި ރަޖިސްޓްރީކުރި ކަމުގެ މައްޗަށް އެކަނި އެއްބަސްވުމަކީ ނުރަނގަޅު ނުފޫޒެއް ނެތި ވެފައިވާ އެއްބަސްވުމެއްކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-28)
- ނުފޫޒު ފޯރުވިދާނެ މަޤާމެއްގައި ހުރި ފަރާތާ ވެފައިވާ އެއްބަސްވުމުގެ ޝަރުޠުތަކުގައި ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ޤަބޫލުނުކުރެވޭ ނުވަތަ ދެކޮޅުޖެހޭ ކަންކަން ހުރުމާއި، އެއްބަސްވުމުގައި ދީފައިވާކަމަށް ބުނާ ބޮޑު އަދަދުގެ ފައިސާ ދިން ގޮތް ސާބިތުނުވުމަކީ، އެ އެއްބަސްވުމަކީ އަމިއްލަ އިޚްތިޔާރުގައި ވެފައިވާ އެއްބަސްވުމެއްކަން ސާބިތުނުވާ ކަމުގެ ދަލީލެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30-40، 49)
- ނުފޫޒު ފޯރުވިދާނެ މަޤާމެއްގައި ހުރެ ނުރަނގަޅު ނުފޫޒު ބޭނުންކޮށްގެން (15 ވަނަ މާއްދާ) އަދި އަމިއްލަ އިޚްތިޔާރުގައި ނޫން ގޮތަކަށް (12 ވަނަ މާއްދާ) ވެފައިވާ ކޮންޓްރެކްޓަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ބާޠިލު ކޮންޓްރެކްޓެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 50-51)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/3027 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، […] / ހާރޫން އާދަމް (އައި.ޑީ.ކާރޑް ނަންބަރު: ) އާއި ހދ.ކުޅުދުއްފުށި، […] / މޫސާ ޢުމަރު (އައި.ޑީ.ކާރޑް ނަންބަރު: ) އާއި ހދ.ކުޅުދުއްފުށި، […] / މަރްޔަމް ޢުމަރު (އައި.ޑީ.ކާރޑް ނަންބަރު: ) އަދި ހދ.ކުޅުދުއްފުށި، […] / ޢަލީ ޔޫސުފް (އައި.ޑީ.ކާރޑް ނަންބަރު: ) ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މި ޤޟަ އްޔިގެ އިސްތިއުނާފު ރައްދުވާ ފަރާތކަ […] / މުޙައްމަދު ސަލީމް (އައި.ޑީ.ކާރޑް ނަންބަރު: ) އެވެ.
3ސިވިލް ކޯޓުގެ ނަންބަރ C/2018-Cv/3027 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅިފައިވަނިކޮށް، އިސްތިއުނާފުކުރާ އެއްފަރާތް ކަމުގައިވާ ހާރޫން އާދަމް 30 އޕްރީލޭ 2020 ގައި ވަނީ ނިޔާވެފައެވެ. ހާރޫން އާދަމްގެ ވާރިޘުންގެ ފަރާތުން އެދެނީ މި މައްސަލައިގައި ވާރިޘުންގެ ބަހާއިއެކު ކުރިއަށް ދިއުމަށެވެ. އެކަން، 04 ނޮވެނބަރް 2020 ގައި މިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތްތަކުގެ ބަދަލު ހަމަޖައްސާފައިވާ ފަރާތުން ހާމަކޮށްފައިވެއެވެ. އެހެންވެ، ހާރޫން އާދަމްގެ ވާރިޘުން ޘާބިތުކުރުމުގެ ކަންކަން ނިންމުމުގެ ފުރުޞަތު އިސްތިއުނާފުކުރާ ފަރާތްތަކަށް ދެވިފައިވެއެވެ.
409 ޖުލައި 2020 ގައި އިސްތިއުނާފކުރު ފަރާތްތަކުން ހާރޫން އާދަމްގެ މަރު ސާބިތުކުރި ފޯމް ހުށަހަޅާފައިވެއެވެ. އޭގެ ފަހުން، މަރުޙޫމް ހާރޫން އާދަމްގެ ވާރިޘުން ސާބިތުކުރުމުގެ މައްސަލަ 09 އޮގަސްޓް
1. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ނަންބަރު 0039148 މަރު ސާބިތުކުރުމުގެ ލިޔުން. 2020 ގައި ފެމިލީ ކޯޓަށް ބަލައިގަނެފައިވާތީ، މަރުޙމ ހާރޫން އާދަމްގެ ވާރިޘުން ހިމަނައިގެން މެނުވީ މައްސަލޫ އިތުރަށް ކުރިއަށް ނުގެންދިއުމަށް އެދި 15 ސެޕްޓެންބަރު 2020 ގައި އިސްތިއުނާފ ކުރު ފަރާތްތަކުގެ ބަދަލު ހަމަޖައްސާފައިވާ ފަރާތުން ސިޓީ ފޮނުވިއެވެ. އަދި މަރުޙޫމް ހާރޫން އާދަމްގެ ވާރިޘުން ސާބިތުކުރުމުގެ ކަންކަނު ފެމިލީ ކޯޓުން ނިންމާފައިވާކަން މިކޯޓަށް އިސްތިއުނާފކުރު ފަރާތްތަކުގެ ބަދަލުގައި ހަމަޖައްސާފައިވާ ފރާތުނަ އަންގާފައިވަނީ 28 މާރިޗު 2021 ގައެވެ.
5ހާރޫން އާދަމްގެ ވާރިޘުންގެ ގޮތުގައި ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ، ހާރޫނު އާދަމް ނިޔާވިއިރު، އިން ހުވަފަތް އަނބި، […] ފަރިޔާލް އަޙްމަދު ރިޟާ (އައި.ޑީ.ކާރޑް ނަންބަރު: ) އާއި އަންހެން ދަރިފުޅު، […] ސަމީރާ ހާރޫން (އައި.ޑީ.ކާރޑް ނަންބަރު: )އެވެ. ވީމާ، މިމައްސަލައިގ އަޑުއެހުންތައް ދެން ކުރިއަށް ގެންގޮސފައިވް ނ ހާރޫން އާދަމްގެ ވާރިޘުން ހިމަނައިގެންނެވެ.
6އޭގެ އިތުރުން، މި މައްސަލައި ގައި އިސްތިއުނާފުކުރާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ މަރްޔަމް ޢުމަރު 2022 ޖަނަވަރީ 17 ގައި ވަނީ ނިޔާވެފައެވެ. 29 ނޮވެމްބަރު 2022 ގައި މިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ދެންތިބި ފަރާތްތަކުން އެދިފައިވަނީ، މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތެއްގެ ގޮތުގައި ހިމެނުނު މަރްޔަމް ޢުމަރުގެ ނަން އުނިކޮށް، ދެން ބާކީތިބި ފަރާތްތައް ހިމެނޭ ގޮތުން މައްސަލައިގެ އިސްތިއުނާފު ކުރިއަށް ގެންދިޔުމަށެވެ. މައްސަލައިގަ ކަންހިނގާފައިވާ ގޮތް:
7[…] އުސ، ޙަސަން އާދަމްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ […] އެވެކިޔާ (ރަޖިސްޓްރީ ނަންބަރު އ.5124) 1067.69 (އެއްހާސް ފަސްދޮޅަސް ހަތެއް ޕޮއިންޓް ހަޔެއް ނުވައެއް) އަކަފޫޓުގެ އަމިއްލަ
2. ފެމެލީ ކޯޓުގެ ނަންބަރު 897/Fm-C/2020 ޤަޟިއްޔާ.
3. ޑިޕާރޓްމަންޓ އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ މަރު ސާބިތުކުރި ލިޔުން. ގޯތި، ކުއްޔަށް ދިނުމަށް ޙަސަން އާދަމްއާއި […] މުޙައްމަދު ސަލީމްއާ ދެމެދު 07 އޭޕްރިލް 2015 ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެއެވެ. ބުނެވިދިޔަ އެއްބަސްވުން ސިވިލް ކޯޓުގެ ނަންބަރު -C/C-Cv 294/2015 އެއްބަސްވމުގު ގޮތުގައި އެކޯޓުގައި ރަޖިސްޓްރީކުރެވުނެވެ.
8އިސްވެ ޙަވާލާދެވުނު އެއްބަސްވުމުގެ ދަށުން، […] މުޙައްމަދް ސަލީމަށް ކުއްޔަށް ދީފައިވަނީ 20 ފެބްރުވރަ 2015 އިން ފެށިގެން މީލާދީ 50 (ފަންސާސް) އަހަރު ދުވަހަށް ކަމަށް އެ އެއްބަސްވުމުގެ 4 (ހަތަރެއް) ވަނަ މާއްދާގައި ބަޔާންކުރެއެވެ. އަދި އެއްބަސްވުމުގެ ދަށުން […] ކުއްޔަކީ މީލާދީ ކޮންމެ މަހަކަށް -/10000ރ. (ދިހަހާސް ރުފިޔާ) އެވެ. މަހުކުލިން އުނިވާގޮތަށ އެޑްވާންސް ފައިސާގެ ގޮތުގައި -8,500,000/ (އަށްމިލިއަން ފަސްލައްކަ ރުފިޔާ) ކުއްޔަށް ހިފި މުޙައްމަދު ސަލީމްގެ ފަރާތުން ޙަސަން އާދަމްއަށް ދީފައިވާކަމަށް އެއްބަސްވުމުގ 7 (ހަތެއް) ވަނަ މާއްދާގައި ބަޔާންކުރެއެވެ.
92016 އޮގަސްޓް 20 ގައި ޙަސަން އާދަމް ނިޔާވުމާ ގުޅިގެން، […] ގުޅޭގޮތުން، މި މައްސަލާގައި އިސްތިއުނާފު ރައްދުވާ މުޙައްމަދު ސަލީމްގެ ފަރާތުން ގިނަ މައްސަލަތަކެއް ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެގޮތުން އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 3027/Cv-C/2018 ޤަޟިއްޔާއަކީ، 20 ފެބްރުއަރީ 2015 އިން ފެށިގެން މީލާދީ 50 (ފަންސާސް) އަހަރު ދުވަހަށް […] ކުއްޔަށް ދިނުމަށް، މަރުޙޫ މ ޙަސަން އާދަމްއާއި މުޙައްމަދު ސަލީމްއާ ދެމެދު އެއްބަސްވެ އޭގެ ފަހުން ޙަސަން އާދަމް ނިޔާވެފައިވާތީ، ބުނެވިދިޔަ އެއްބަސްވުމުގެ މުއްދަތަށް އެ އެއްބަސްވުން ދެމެހެއްޓުމުގު އަމުރެއް މަރުޙޫމް ޙަސަން އާދަމްގެ ވާރިޘުންގެ މައްޗަށް ޤާނޫނު ނަންބަރު 75/25 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) ގެ ދަށުން ނެރެދިނުމަށް އެދި މުޙައްމަދު ސަލީމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއާއި ގުޅިގނެ އެ ކޯޓުން ބަލާފައިވާ ޤަޟިއްޔާއެކެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:
10ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/3027 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާ ނިންމާފައިވަނީ؛ ]ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، […] އެވެ ކިޔާ އަމިއްލަ ގޯތި މީލާދީ 50 (ފަންސާސް) އަހަރު ދުވަހަށް […] މުޙައްމަދު ސަލީމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ އަށް ކުއްޔަށް ދިނުމަށްޓަކައި މަރްޙޫމް ޙަސަން އާދަމް އާއި […] މުޙައްމަދު ސަލީމް އާ ދެމެދު ވެފައިވާ ސިވިލް ކޯޓުގެ ނަންބަރު 294/2015-C/C-Cv އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށް ކަނޑައަޅައި، އެ އެއްބަސްވުމަށް އިހްތިރާމުކުރުމަށ މަރްޙޫމް ޙަސަން އާދަމްގެ ވާރިޘުން ކަމުގައިވާ […] ހާރޫން އާދަމް (އައި.ޑީ.ކާރޑް ނަންބަރު: ) އާއި ހދ.ކުޅުދުއްފުށި، […] / މޫސާ ޢުމަރު (އައި.ޑީ.ކާރޑް ނަންބަރު: ) އާއި ހދ.ކުޅުދުއްފުށި، […] / މަރްޔަމް ޢުމަރު (އައި.ޑީ.ކާރޑް ނަންބަރު: ) އަދި ހދ.ކުޅުދުއްފުށި، […] / ޢަލީ ޔޫސުފް (އައި.ޑީ.ކާރޑް ނަންބަރު: ) އަށް އަންގައި ޙުކުމްކޮށްފީމެވެ. [ މިފަދައިންނެވެ. އިސްތިއުނާފީ ނުކުތާތައް:
11ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/3027 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި […] ހާރޫން އާދަމއާއް ހދ.ކުޅުދުއްފުށި، […] / މޫސާ ޢުމަރުއާއި ހދ.ކުޅުދުއްފުށި، […] / މަރްޔަމް ޢުމަރު އަދި ހދ.ކުޅުދުއްފުށި، […] / ޢަލީ ޔޫސުފގް ފަރާތުން ތިރީގައިވާ ނުކުތާތައް ހުށަހަޅާ އެނުކުތތަކާ އާ ބެހޭގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އގޮތުނެ ހުށަހަޅާފައިވް ނުކުތެ ތަކާ ކ؛
4. ސިވިލް ކޯޓުގެ ނަންބަރު 3027/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު.
1.11. ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 3027/Cv-C/2018 ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުގައި ޤާނޫނު ނަންބަރ 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާއާއި
2.11. ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 3027/Cv-C/2018 ޤަޟިއްޔާގައި ޙުކުމް ކުރެވްއުވުމަގައ ޤާނޫނި ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގ 15 ވަނަ މާއްދާއާއި
3.11. ތިންވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު: 3027/Cv-C/2018 ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުގައި ޤާނޫނު ނަންބަރ 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާއާއި އިސްތިއުނާފުކުރާ ފަރާތްތަކާއި އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭ ގޮތް:
12މި މައްސަލައި ގައި އިސްތިއުނާފުކުރާ ފަރާތްތަކުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 294/2015-C/C-Cv އެއްބަސްވުމަކީ ނުފޫޒުފޯރުވޭފަދަ މަޤާމެއްގައި ހުރި ފަރާތަކާއި، އަމިއްލަ އިޚްތިޔާރުގައި އެއްބަސްވުމެއް ނުހެދޭފަދަ ޙާލަތެއްގައިވާ ފަރާތަކާއި ދެމެދު ވެވުނު އެއްބަސްވުމެއް ކަމަށް ކަނޑައަޅުއްވައި ދެއްވައި، އެ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއް ކަމަށް ކަނޑައަޅައި މައްސަލަ ނިންމައި ދިނުމަށެވެ.
13އިސްތިއުނާފު ރައްދުވާ މުޙައްމަދު ސަލީމްގެ ފަރާތުން މި މައްސަލައި ގައި އެދިފައިވަނީ، އިސްތިއުނާފުކުރާ ފަރާތްތަކުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއާއި ޙަވާލާދީ ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާއަކީ، ސިވިލް ކޯޓުގައި އެފަރާތްތަކުން ފާހަގަކޮށްފައިވާ ނުކުތާއެއް ކަމުގައިނުވާތީ، އެ ނުކުތާއަކީ އިސްތިއުނާފީ މަރުޙަލާގައި ބަލައިގަނެވޭނެ ނުކުތާއެއް ނޫންކަމުގައި ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 3027/Cv-C/2018 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއްވިޔަސަ ނެތްކަމަށް ކަނޑައަޅައި މައްސަލައިގައި ޙުކުމްކޮށް ދިނުމަށެވެ. ޝަރީޢަތަށް ފާހަގަ ކުރެވުނު ނުކުތާތައް:
14އިސްތިއުނާފު ކުރެވިފައިވާ މި ޤަޟިއްޔާ އާއި ގުޅިގެން، އިސްތިއުނާފުކުރާ ފަރާތްތަކނު ހުށަހެޅް ނުކުތާތަކާއު އެނުކުތާތަކާއި ގުޅިގެން ދެއްކި ވާހަކަތަކާއި އަދި އިސްތިއުނާފު ރައްދުވާ ފަރާތނު ދެއްކި ވާހަކަތަކާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކު ގެ މައްޗަށް ބަލައި، ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
15އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހެޅި އިސްތިއުނާފީ 3 (ތިނެއް) ނުކުތާވެސް ބިނާވަނީ، ކޮންޓްރެކްޓބެހާ ޤާނޫނުގެ މައްޗަށެ ވެ. އެގޮތުން، އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކުރަނީ، ސިވިލް ކޯޓުގެ ނަންބަރު 3027/Cv-C/2018 ޤަޟިއްޔާގައި އެކޯޓުން ނިންމި ނިންމުމަކީ، ކޮންޓްރެކްޓާއިބެހޭ ޤާނޫނގު 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާއާއި އަދި 15 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
16ކޮންޓްރެކްޓާއިބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގައި ވަނީ، [ބިރެއްދައްކައިގެން، ނުވަތަ ޙަޤީޤަތް އޮޅުވާލައިގެން، ނުވަތަ ނުރަނގަޅު ގޮތަކަށް ނުފޫޛުގެ ބޭނުންކޮށްގެން، މީހަކު ނުވަތަ ބަޔަކު ބައިވެރި ކުރުވާފައިވާ ކޮންޓްރެކްޓަކީ، އެމީހެއްގެ ނުވަތަ އެބައެއްގެ އަމިއްލަ އިޚްތިޔާރުގައި އުފައްދާފައިވާ ކޮންޓްރެކްޓެއް ނޫނެވެ. ] މިފަދައިންނެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގައި ވަނީ، [އަމިއްލަ އިޚްތިޔާރުގައި ނޫންގޮތަކަށް މީހަކު ނުވަތަ ބަޔަކު ކޮންޓްރެކްޓެއްގައި ބައިވެރިވެފައިވާނަމަ، އެއީ ބާޠިލު ކޮންޓްރެކްޓެކެވެ. ] މިފަދައިންނެވެ. އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި ވަނީ، [މީހެއްގެ މައްޗަށް ނުފޫޛެއް ހިންގޭފަދަ މަގާމެއްގައި ހުރެ، އެފަދަ ނުފޫޛެއ ހިންގައިގެން މީހަކު ކޮންޓްރެކްޓެއްގައި ބައިވެރި ކުރުވުމަކީ ނުރަނގަޅު ގޮތަކަށް ނުފޫޛުގެ ބޭނުން ކުރުން ކަމަށް ވާނެއެވެ. ] މިފަދައިންނެވެ.
17އިސްވެ ބުނެވިދިޔަ ޤާނޫނީ ނައްޞުތަކާ ޙަވާލާދީ އިސްތިއުނާފުކުރާ ފަރާތްތަކުން ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވަނީ، 20 ފެބްރުވރަ 2015 އިން ފެށިގެން މީލާދީ 50 (ފަންސާސް) އަހަރު ދުވަހަށް […] ކުއްޔަށް ދިނުމަށް، އަލްމަރުޙޫމ ޙަސަން އާދަމްއާއި އިސްތިއުނާފު ރައްދުވާ މުޙައްމަދު ސަލީމްއ ދެމެދާ ވެފައިވާ މި މައްސަލައިގައި ޙަވާލާދޭ އެއްބަސްވުމަކީ، ނުފޫޒުފޯރުވޭ ފަދަ މަޤާމެއްގައި އިސްތިއުނާފު ރައްދުވާ ފަރާތް ހުރެ، ނުރަނގަޅު ނުފޫޒު ބޭނުންކޮށް ޙަސަން އާދަމްގެ އިޚްތިޔާރުން ބޭރުން ވެފައިވާ އެއްބަސްވުމެއް ކަމަށާއި، އަދި އޭގެ ނަތީޖާއަކީ، އެ އެއްބަސްވުމަކީ އުފެދުމުގައިވެސް ބާޠިލު އެއްބަސްވުމެއް ކަމަށެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާއާއި އަދި 15 ވަނަ މާއްދާއާ ޙަވާލާދީ އިސްތިއުނާފުކުރާ ފަރާތްތަކުން އުފައްދާ މި ބަހުޘަކީ ހަމަ އެމޭރުމުން، ދަށު މަރުޙަލާގައި ވެސް އެ ފަރާތްތަކުން ފާހަގަކޮށްފައިވާ ބަހުޘެއްކަން، އިސްތިއުނާފުކުރެވިފައި މިވާ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ. ނުރަނގަޅު ނުފޒޫ :
18ޕްރިސިޑެންސް 1ޕްރިސިޑެންސް 2ޕްރިސިޑެންސް 3ޕްރިސިޑެންސް 4ނުރަނގަޅު ނުފޫޒަކީ ކޮބައިކަމާއި، ނުރަނގަޅު ނުފޫޒުގެ ޙާލަތްތަކާއި، ނުރަނގަޅު ނުފޫޒު ސާބިތުކުރުމާއި އަދި ނުރަނގަޅު ނުފޫޒެއް ފޯރުވައިގެން ކޮންޓްރެކްޓެއް ވެ ފައިވާނަމަ، އޭގެ ނަތީޖާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރިފާސ ޙުސައިން ވ. ޙުސައިން ޢަބްދުލްޤާދިރު ޤަޟިއްޔާގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތަފްޞީލުކޮށް ބަޔާންކޮށްދީފައިވެއެވެ. ބުނެވިދިޔަ ޤަޟިއްޔާގައި؛
1.18. ނުރަނގަޅު ނުފޫޒުއަކ މީހަކީ ހުރު މަގާމެއްގެ ސަބަބުން ނުވަތަ ދެފަރާތެއްގެ ދެމެދުގައި އުފެދިފައިވާ އިތުބާރެއް ނަހަމަގޮތުގައި ހިފާ، އަނެކާގެ މައްޗަށް ނުފޫޒު ފޯރުވައި އެ ފަރާތުގެ ރުހުމެއްނެތި ކަންކަން ކުރުމެވެ. އަމިއްލަ އިޚްތިޔާރެއް ނެތި މިގޮތަށް ވެވޭ އެއްބަސްވުމަކީ ބާޠިލް އެއްބަސްވުމެކެވެ.
5. ސިވިލް ކޯޓުގެ ނަންބަރު 3027/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 3 ވަނަ ނަންބަރުގެ (ބ) އަދި (ޅ)
6. ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/99 ޤަޟިއްޔާ.
7. ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/99 ޤަޟިއްޔާގެ 19 ވަނަ ނުކުތާއިން ފެށިގެން 52 ވަނަ ނުކުތާގެ ނިޔަލަށް ފާހަގަކޮށްފައިވާ ކަންކަން.
2.18. ނުރަނގަޅު ގޮތަކަށް ވެވޭ ނުފޫޒު ދެ ގޮތަކަށް ބަހާލެވެއެވެ. ފުރަތަމަ ގޮތަކީ، ސީދާ ގޮތުން ނުފޫޒު އޮންނަ ޙާލަތާއި، އަނެއް ގޮތަކީ ނުފޫޒެއް ފޯރުވައި ކޮންޓްރެކްޓަށް ވާސިލުވެފައި ވާކަން އިފްތިރާޟު ކުރެވޭ ޙާލަތެވެ.
3.18. ފުރަތަމަ ޙާލަތުގައި، ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އަނެއް ބައިވެރިޔާއަށް ފޯރުވި ނުފޫޒެއްގެ ސަބަބުން ނުވަތަ ކުރި ކަމެއްގެ ސަބަބުން ކޮންޓްރެކްޓުގައި ސޮއިކުރިކަން ދޭހަވާން ވާނެއެވެ. މި ޙާލަތުގައި ސާބިތުކުރުމުގެ ބުރަ މަތިކުރެވިފައ ވަނި ނުފޫޒު ފޯރުވިކަމަށް ބުނާ ފަރާތުގެ މައްޗަށެވެ.
4.18. ދެވަނަ ޙާލަތަކީ، ނުފޫޒެއް ފޯރުވިދާނެ މަގާމެއްގައި ހުރެ ނުވަތަ ގުޅުމެއް އޮވެ، ކޮންޓްރެކްޓެއްގައި ބައިވެރިވެއްޖެނަމަ ހަމައެކަނި އެ އޮތް ގުޅުމުގެ މައްޗަށް ބިނާކޮށް އިތުރު ކަމެއް ސާބިތުކޮށް ދިނުމެއް ނެތި ކޮންޓްރެކްޓުގައި ނުފޫޒު ފޯރުވާފައިވ ކަމަށާ ބުނުމުގެ ފުރޞު ތ އޮތުމެވެ. މިޙާލަތުގައި، ހެކަ ފުރޮޅިގެންދަނީ އެފަދަ ނުފޫޒެއް ފޯރުވިދާނެ މަޤާމެއްގައި ހުރި ފަރާތުގެ މައްޗަށެވެ.
5.18. މަތީގައި ބަޔާންކުރެވިފައިވާ ދެ ޙާލަތުގެ ތެރެއިން، ނުރަނގަޅު ނުފޫޒު އޮތްކަމަށް އިފްތިރާޟް ކުރެވޭ ޙާލަތް ބިނާވަނީ އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި އޮންނަ ގުޅުމުގެ މައްޗަށެވެ. މިސާލަކަށް ބައްޕައާއި ދަރިފުޅު ނުވަތަ ޑޮކްޓަރަކާއި ބަލިމީހުން ފަދަ މީހުންނެވެ. ސީދާގޮތުން ނުފޫޒު އޮންނަ ކަމަށް ބެލެވޭނީ، އާންމު ގޮތެއްގައި ދެ ފަރާތެއްގެ ދެމެދުގައި ނުވަތަ ދެ ބީރައްޓެހިންގެ ދެމެދުގައި ވެވޭ ކޮންޓްރެކްޓެއްގައި ނުރަނގަޅު ނުފޫޒެއް އޮތްކަމަށް އުފަންވާ ޙާލަތުގައެވެ. ނުރަނގަޅު ނުފޫޒެއް ފޯރުވު މ ޤާ މެއްގައި ހުރުން:
6.18. ކޮންޓްރެކްޓެއް ވެވޭ ހިނދު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި ބުނާފަދަ ނުރަނގަޅު ނުފޫޒެއް ފޯރުވިދާނެ މަޤާމެއްތޯ ނުވަތަ ގުޅުމެއްތޯ ދެނެގަތުމަށްޓަކައި ރިޢާޔަތްކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ފުރަތަމަ ކަމަކީ، ތިމާގެ ކަމުގެ ސަބަބުން ނުވަތަ އެނޫން ގޮތަކުންވެސް މީހަކު އެހެން މީހެއްގެ މައްޗަށް ވަކި ބާރެއް ލިބިފައިވޭތޯ ބެލުން.
(ށ) ދެވަނަ ކަމަކީ، އެމީހާ އާއި އަނެކާއ ދެމެދާ ބުނަ ދެވިފައިވާ ގުޅުމަކީ އިތުބާރުގެ މައްޗަށް އޮތް ގުޅުމެއްތޯ ބެލުން.
(ނ) ތިންވަނަ ކަމަކީ، އެމީހަކީ އުމުރުގެ ގޮތުންނާއި، ޖިސްމާނީ ނުވަތަ ނަފްސާނީ ގޮތުން އަނެކާގެ މައްޗަށް ދިރިއުޅުން ބަރޯސާވެފައިވާ މީހެއްތޯ ބެލުން.
18.7. މަތީގައިވާ ތިން ޙާލަތުގެ ތެރެއިން ފުރަތަމަ ޙާލަތުގެ މިސާލަށ ބަލާއިރް ބައްޕައަކާއި ދަރިއަކާ ދެމެދު ވެވޭ ކޮންޓްރެކްޓްތައް ހިމެނެއެވެ. މި ޙާލަތުގައި ބައެއް ފަހަރު ބައްޕައަކީ ދަރިފުޅަށް ނުފޫޒެއް ފޯރުވެވިދާނެ މަޤާމެއްގައި ހުންނަ ހިނދު، އެ ނޫން ފަހަރު މީގެ އިދިކޮޅަށް ދަރިއަކު ބައްޕަގެ މައްޗަށް ނުފޫޒެއް ފޯރުވިދާނެ ޙާލަތުވެސް އާދެއެވެ. ދެވަނަ ޙާލަތުގެ މިސާލުތަކުގެ ތެރޭގައި ބަލިމީހުންނާއި ޑޮކްޓަރުންނާއ ވަކީލުންނާއި މުވައްކިލުން ހިމެނެއެވެ. މި ޙާލަތުގައި، އާންމު ގޮތެއްގައި ފެންނަނީ ނުފޫޒެއް ފޯރުވޭ މަޤާމެއްގައި ހުންނާނީ ޑޮކްޓަރ ކ ބަލިމީހަކާ ވެވޭ ކޮންޓްރެކްޓެއްގައި ޑޮކްޓަރުކަމާއި، ވަކީލާއި މުވައްކިލާ ދެމެދުގައި ވެވޭ ކޮންޓްރެކްޓެއްގައި ވަކީލު ކަމަށް ވުމުގެ ފުރޞު ތ އޮވެއެވެ. އަދި ތިންވަނަ ޙާލަތުގެ މިސާލުތަކުގެ ތެރޭގައި ކޮންޓްރެކަ ޓެއް ވެވޭއިރ އެއު ބައިވެރިޔަކީ ޢުމުރުގެ ސަބަބުން ލޯބޯކޮށިވެފައިވާ މީހުންނާއި، ނަފްސާނީ އަދި ޖިސްމާނީ ބަލިމީހުން ހިމެނެއެވެ. ނުރަނގަޅު ނުފޫޒު ސާބިތުކުރުން :
8.18. ކޮންޓްރެކްޓެއް ވެވޭއިރު ނުރަނގަޅު ނުފޫޒު ފޯރުވާފައި ވޭތޯ ބެލުމަށްޓަކައި ސާފުވާންޖެހޭ ކަންކަމުގެ ތެރޭގައި މީހެއްގެ މައްޗަށް ނުރަނގަޅު ނުފޫޒެއް ފޯރުވިދާނެ މުޤާމެއްގައ ހުރި މީހެއްތޯ އާއި އަދި އެ މަޤާމު ނާޖާއިޒު ގޮތެއްގައި ބޭނުންހިފައި އެއްބަސްވުމެއް ވުމަށް ބާރުފޯރުވާފައިވޭތޯ ހިމެނެއެވެ.
9.18. ސީދާ ގޮތުން ނުފޫޒު އޮންނަ ޙާލަތުގައި އާންމު އުޞޫލުން ހެކި ހުށަހަޅައި މަދަނީ މިންގަނޑުން އެކަން ސާބިތުކުރަންޖެހޭ ހިނދު، ކޮންޓްރެކްޓެއް ވެވޭއިރު ނުފޫޒެއް ފޯރުވޭނެ މަޤާމެއްގައި ހުރާ ކޮންޓްރެކްޓެއް މީހަކާއެކު ވެފައިވާނަމަ، ނުރަނގަޅު ނުފޫޒު ފޯރުވާފައިވާކަމުގެ އިފްތިރާޟު ކުރެވެއެވެ. ނުރަނގަޅު ނުފޫޒު ފޯރުވާފައިވާކަމުގެ އިފްތިރާޟު ކުރެވޭ ޙާލަތުގައި، ހަމަ އެކަނި އެއޮތް ގުޅުމުގެ މައްޗަށް ބިނާކޮށް އެ ކޮންޓްރެކްޓު ފެންނަން އޮންނާނީ، އެހެން ގޮތަކަށް ސާބިތު ނުވާހާ ހިނދަކު، ނުރަނގަޅު ނުފޫޒު ފޯރުވައި ވެފައިވާ ކޮންޓްރެކްޓެއްގެ ގޮތުގައި ކަމަށްވާތީވެ، ނުރަނގަޅު ނުފޫޒު ފޯރުވާފއަ ނުވާކަން ސާބިތު ކުރުމުގެ ބުރަ އެފަދަ ނުފޫޒެއް ފޯރުވިދާނެ މަޤާމެއްގައި ހުރި ފަރާތަށް މަތިކުރެވެއެވެ. އަދި އެހެންކަމުން އެފަދަ (ނުފޫޒެއް ފޯރުވިދާނެ) މަޤާމެއްގައި ހުރި ފަރާތަކުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާގެ މައްޗަށް ނުރަނގަޅު ނުފޫޒު ފޯރުވާފައި ނުވާކަން ސާބިތު ކޮށްދޭން ވާނެއެވެ.
10.18. މި ބާވަތުގެ މައްސަލަތަކުގައި ނުފޫޒެއް ނެތި ކޮންޓްރެކްޓެއް ވެފައިވާކަން ސާބިތުކޮށް ދިނުމުގެ އެހީއެއްގެ ގޮތުގައި ބޭނުން ހިފިދާނ ކަންކަމުގެ ތެރޭގައި ނުފޫޒެއް ފޯރުވިދާނެ މަގާމުގައި ހުރި ފަރާތް މިނިވަން ފަރާތެއްގެ ޤާނޫނީ ލަފާ ހޯދުން ހިމެނެއެވެ. މީގެ އިތުރުން މިނިވަންކަމާއެކު ކޮންޓްރެކްޓެއް ވެފައިވާކަން އެނގޭނެ މަޙައްލެއްގައި، ނުވަތަ ފަންނީ މާހިރުންގެ ހ ޟާ ރުގައި ނުވަތަ މި ނޫންވެސް ޤަބޫލުކުރެވޭނެ ހެކިތަކެއް ހުށަހަޅައި މަދަނީ މިންގަނޑުން ސާބިތުކޮށް ދެވިދާނެއެވެ. ބަޔާންކުރެވުނު އުޞޫލުތައް މި މައްސަލައަށް ތަޠްބީޤުކުރުން:
19ކޮންޓްރެކްޓެއްގައި ބައިވެރިވުމަށް ނުރަނގަޅު ނުފޫޒު ފޯރުވުމާގުޅޭ ގޮތުން އިސްވެ އިޝާރާތްކުރެވުނު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރިފާސ ޙުސައިން ވ. ޙުސައިން ޢަބްދުލްޤާދިރު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލުތައް މި މައްސަލައަށް ތަޠްބީޤްކުރާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
20މި މައްސަލައިގައި ޙަވާލާދޭ އެއްބަސްވުން ވެވުނުއިރު، އަލްމަރުޙޫމ ޙަސަން އާދަމްއާއި މުޙައްމަދު ސަލީމްއޫ ދެމެދު އޮތް ގުޅުމަށް ބަލާއިރު، ޙަސަން އާދަމްއަކީ އުމުރުން 71 އަހަރު ވެފައިވާ، ގިނަ ބަލިތަކަކަށް ބޭސްކުރަމުނގެން ދ ޔި ފަރާތެއްކަމުން، ޙަސަން އާދަމްއަށް ދުވަހުން ދުވަހަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން ދެމުން ދިޔަ ފަރާތަކީ މުޙައްމަދު ސަލީމުކަމަށް ވާތީ، ޙަސަން އާދަމްގެ އަމިއްލަ ނަފްސާއި މާލީ އެންމެހައި ކަންކަމެއްގައި ބަރޯސާވަނީ މުޙައްމަދު ސަލީމަށކްނ އެނގެން އޮންނާތީ، އިސްތިއުނާފު ރައްދުވާ މުޙައްމަދު ސަލީމަކީ ޙަސަން އާދަމްއަށް ނުފޫޒެއް ފޯރުވިދާނެ މަޤާ މެއްގައ ހުރި ނުވަތި ގުޅުމެއް އޮތް ފަރާތެއް ކަމުގައި ބަލަންޖެހެއެވެ. އަދި އެކަން އިސްތިއުނާފުކުރާ ފަރާތްތަކަށް މަދަނީ މިންގަނޑުން ސާބިތުކޮށްދވިފައިވާކަމަށެ ދެކެމެވެ.
21އެހެންކަމުން، ނުފޫޒެއް ފޯރުވިދާނެ މަގާމެއްގައި ހުރެ ނުވަތަ ގުޅުމެއް އޮވެ ކޮންޓްރެކްޓެއްގައި ބައިވެރިވެއްޖެނަމަ ހަމައެކަނި އެ އޮތް ގުޅުމުގެ މައްޗަށް ބިނާކޮށް އިތުރު ކަމެއް ސާބިތުކޮށް ދިނުމެއް ނެތި ކޮންޓްރެކްޓުގައި ނުފޫޒު ފޯރުވާފައިވ ކަމަށާ ބުނުމުގެ ފުރުސަތު އޮތުމއެކާ މިޙާލަތުގައި، ހެކި ފުރޮޅިގެންދަނީ އެފަދަ ނުފޫޒެއް ފޯރުވިދާނެ މަގާމެއްގައި ހުރި ފަރާތުގެ މައްޗަށް ކަމަށް ވީހިނދު، މައްސަލާގައި ޙަވާލާދޭ އެއްބަސްވުމަކީ ނުފޫޒެއްނެތި ވެފައިވާ އެއްބަސްވުމެއްކަން ސާބިތުކުރުމުގެ ބުރަ މި މައްސަލާގައި ފޮރޮޅިގެން ދަނީ އިސްތިއުނާފު ރައްދުވާ މުޙައްމަދު ސަލީމުގެ މައްޗަށްކަން އެނގެއެވެ.
22އެހެންކަމުން، އިސްތިއުނާފު ކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 3027/Cv-C/2018 ޤަޟިއްޔާގެ 3 ވަނަ ނަންބަރުގެ (ބ) ގައި، ދަޢުވާގައި ބަޔާންކުރާ އެއްބަސްވުމަކީ ކޮންޓްރެކްޓާއިބެހޭ ޤާނޫނުގެ 12 ވަނަ މާއްދާއި އަދި 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ނުރަނގަޅު ނުފޫޒެއް ބޭނުން ކޮށްގެން ސޮއިކުރުވާފައިވާ އެއްބަސްވުމެއް ކަމަށް ބުނެ މަރުޙޫމް ޙަސަން އާދަމްގެ ވާރިޘުންގެ ފަރާތުން ކުރިމަތިކޮށްފައިވާ ދަފްޢު ސާބިތުކޮށްދިނުމަކީ އެފަރާތްތަކުގެ މަސްއޫލިއްޔަތެއްކަމަށް ކަނޑައަޅައި، އެކަން ސާބިތުކުރނު
8. ޤާނޫނު ނަންބަރު 91/4 އެފަރާތްތަކުގެ މައްޗަށް މަތިކުރި ކުރުމަކީ، މި ރައުޔުގެ 21 ވަނަ ޕެރެގްރާފުގައި ފާހަގަކުރި ނުކުތާއާ ފުށުއަރާ ނިންމުމެއްކަން އެނގެއެވެ.
23މަރު ޙޫމ ޙަސަން އާދަމްއާއި މުޙައްމަދު ސަލީމްއ ދެމެދާ ވެފައިވާ އެއްބަސްވުމަކީ، ނުފޫޒެއްނެތި ޙަސަން އާދަމްގެ ރުހުމުގައި ވެފައިވާ އެއްބަސްވުމެއްކަމަށް ބުނެ އެކަމުގެ ދިފާޢުއެއްގ ގޮތުނެ މުޙައްމަދް ސަލީމްގެ ފަރާތުން ފާހަގަކޮށްފައިވަނީ، 20 ފެބްރުވރަ 2015 އިން ފެށިގެން މީލާދީ 50 (ފަންސާސް) އަހަރު ދުވަހަށް […] ކުއްޔަށް ދިނުމަށް، އަލްމަރްހޫމ ޙަސަން އާދަމްއާއި އިސްތިއުނާފު ރައްދުވާ މުޙައްމަދު ސަލީމްއ ދެމެދާ ވެފައިވާ މި މައްސަލައި ގައި ޙަވާލާދޭ އެއްބަސްވުމަކީ، ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ އއްބަސްވުމެއެ ކަމަށާއި، ސިވިލް ކޯޓުގައި އެއްބަސްވުން ރަޖިސްޓްރީކޮށްފައި ވަނީ ޙަސަން އާދަމް ކޯޓަށް ހާޒިރުވެ ކޯޓުގެ ކަމާބެހޭ މުވައްޒަފުންގެ ކުރިމަތީގައި ކަމަށެވެ. އެހެންކަމުން، އެ އެއްބަސްވުމަކީ، ޙަވާލާދެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރިފާސ ޙުސައިން ވ. ޙުސައިން ޢަބްދުލްޤާދިރު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން މިނިވަންކަމާއެކު ކޮންޓްރެކްޓެއް ވެފައިވާކަން އެނގޭނެ މަޙައްލެއްގައި، ވެފައިވާ އެއްބަސްވުމެއް ކަމަށެވެ. އެއްބަސްވުމެއް ކޯޓުގައި ރަޖިސްޓްރީކުރުން:
24ޕްރިސިޑެންސް 5އިސްތިއުނާފު ރައްދުވާ މުޙައްމަދު ސަލީމްގެ ފަރާތުން ފާހަގަ ކޮށްފައިވާ ފަދައިން މި މައްސަލައިގައި ޙަވާލާދޭ އެއްބަސްވުމަކީ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ އެއްބަސްވުމެކެވެ. މިހިސާބުން ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަކީ، ދެފަރާތެއްގެ ދެމެދު ވެވޭ އެއްބަސްވުމެއް ޝަރުޢީ ކޯޓެއްގައި ރަޖިސްޓްރީ ކުރުމުން އެ އެއްބަސްވުމަކީ ނުރަނގަޅު ނުފޫޒެއްނެތި ވެފައިވާ އެއްބަސްވުމެއް ކަމަށް ބެލެވޭނެތޯ ނުވަތަ ނޫންތޯ އާމެދު އޮތް ސުވާލެވެ.
9. ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/99 ޤަޟިއްޔާ.
25މި މައްސަލައިގައި ޙަވާލާދޭ އެއްބަސްވުނ ސިވިލް ކޯޓުގައު ރަޖިސްޓްރީ ކުރެވުނުއިރު، އެފަދަ އެއްބަސްވުމެއް ކޯޓުގައި ރަޖިސްޓްރީކުރުމަށްޓަކައި ލިޔެވިފައިވާ ވަކި ޚާއްޞަ އުޞޫލެއްގެ މައްޗަށް ޢަމަލުކުރަމުން ގޮސްފައިވާކަން އެނގޭކަށް ނެތެވެ. ސިވިލް ކޯޓުގައި އެއްބަސްވުންތައް ރަޖިސްޓްރީ ކުރަމުންދިޔަ ގޮތަށްބަލާއިރު، އެއްބަސްވުމެއް ކޯޓުގައި ރަޖިސްޓްރީކުރާނަމަ އެކަން ކޯޓަށް އެންގުމުން، ކޯޓުން ކަނޑައަޅާ ދުވަހަކަށް ހާޟިރުވެ ކަމާބެހޭ މުވައްޒަފެއްގެ ކުރިމަތީގައި، އެއްބަސްވުމުގެ ބައިވެރިން އެއްބަސްވުމގައު ސޮއިކޮށް ފިންގަރޕްރިންޓް ޖަހައެވެ. އެއީ، އެއްބަސްވުމުގެ ބައިވރިންނާއ އަދި ކޯޓި ހިމެނޭގޮތުން ކޮންމެ ފަރާތަކަށެ އެއްބަސްވުމުގެ އަޞްލެއް އޮންނަގޮތުގެ މަތިންނެވެ.
26އެއްބަސްވުންތައް ކޯޓުގައި ރަޖިސޓްރީކުރަމުންދިޔް ގޮތަށަ ބަލާއިރް އެކަމުގެ އަސާސީ ބޭނުމެއްކަމަށް ބެލެވެނީ، އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ޚިލާފު އުފެދި ކޯޓަށް މައްސަލަ ހުށަހެޅޭ ޙާލަތުގައި، އެއްބަސްވުމެއްގައި ސޮއިކުރެވުނު ކަމާމެދު ދެބަސްވުމެއް އުފެދުމުގެ މަގު ނެތިކުރުންކަމާއި، އަދި އޭގެ އިތުރުން، އެފަދަ ޙާލަތެއްގައި ދެފަރާތުން ކޯޓަށް ހުށަހަޅާ އެއްބަސްވުމުގައި އުނި އިތުރެއް ހުރިނަމަ އެކަން ކަށަވަރުކުރުމުގެ ބޭނުމުގައި ރަޖިސްޓްރީކުރާ ކުރުމެއްކަމަށް ބެލެވެއެވެ.
27އިސްތިއުނާފީ މި މައްސަލައާ ގުޅިގެން މައްސަލއަ ގައި ހިމެނި ދެފަރާތުންވެސް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވަނީ، އެއްބަސްވުމެއް ކޯޓެއްގައި ރަޖިސްޓްރީކުރުމަކީ، އެއްބަސްވުމުގައި ބަޔާންކުރާ ޙަޤީޤަތްތައް އެމަގުން ހުރިކަން ސާބިތުވާނެކަމެއް ނޫންކަމަށެވެ. ސަބަބަކީ، އެއްބަސްވުމެއް ކޯޓުގައި ރަޖިސްޓްރީކުރާއިރ ކޯޓުނު އެ އެއްބަސްވުމެއްގައި ބަޔާންކުރާ ޙަޤީޤަތްތައް އެގޮތުގެ މަތިން ހުރިތޯ ނުވަތަ ނޫންތޯ ކަށަވަރުކޮށް ބަލަމުން ނުދިޔުމެވެ.
10. މި މައްސަލައާ ގުޅިގެން 23 އޮކްޓބަރޫ 2023 ދުވަހު ބޭއްވުނު އަޑުއެހުމުގައި، [މާނައަކީ ... ކޯޓެއްގައި ރަޖިސްޓްރީ ކުރުމަކީ އެއްބަސްވުމުގައި ބަޔާން ކުރާ ޙަޤީޤަތްތައް އެގޮތުގެ މަތިން ހުރިކަމުގެ މައްޗަށް ދަލާލަތު ކޮށްދޭ ކަމެއް ނޫން ކަމަށް ދެ ފަރާތުގެ ވާހަކަ ތަކުންވެސް މި ޔަޤީން ކޮށްދެނީ. އެ ގޮތަށްތޯ؟ ދެ ފަރާތުންވެސް ޤަބޫލު ކުރައްވަނީ] ޝަރީއަތުންކުރ ސުވާލާއި ގުޅިގެނި އޭގެ ޖަވާބުގައި، އިސްތިއުނާފު ރައްދުވާ މުޙައްމަދު ސަލީމްގެ ފަރާތުން ކޯޓަށް ހާޒިރުވި ވަކީލު އިމްތިޔާޒު ޢަލީ ބުނެފައިވަނީ، [އާދެ! ޝުކުރިއްޔާ! ޢިއްޒަތްތެރި ފަނޑިޔާރުން. އިސްތިއުނާފު ރައްދުވާ ފަރާތުންވެސް ޤަބޫލު ކުރާ ހަމައަކީ އެއީކަން] މިފަދައިންނެވެ.
28އެގޮތުން، މި މައްސަލައި ގައި ޙަވާލާދޭ އެއްބަސްވުމަކީ ވެސް އެ އެއްބަސްވުމުގައި ބަޔާންކުރާ ޙަޤީޤަތްތައް ކަށަވަރުކުރުމެއްނެތި ރަޖިސްޓްރީކުރެވިފައިވާ އެއްބަސްވުމެއް ކަމަށް ބެލެވެއެވެ. އެކަން އެގޮތަށް ބެލެވޭ ސަބަބުތައް އަންނަނިވި ނުކުތާތަކުގައި ފާހަގަކުރަމެވެ.
2920 ފެބްރުވރަ 2015 އިން ފެށިގެން މީލާދީ 50 (ފަންސާސް) އަހަރު ދުވަހަށް […] ކުއްޔަށަ ދިނުމަށް، އަލްމަރުޙޫމ ޙަސަން އާދަމްއާއި އިސްތިއުނާފު ރައްދުވާ މުޙައްމަދު ސަލީމްއ ދެމެދާ ވެފައިވާ މި މައްސަލާގައި ޙަވާލާދޭ އެއްބަސްވުމުގެ 4،5،6 އަދި 7 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން، އެ އެބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މތިނ އަކުރުން އަކުރަށް ތިރީގައި ބަޔާންކުރަމެވެ. 4 ވަނަ މާއްދާ: ކުއްޔަށްދޫކުރާ މުއްދަތު: ޢިމާރާތް ކުއްޔަށްދޭ މުއްދަތަކީ މި އެއްބަސްވުމުގައި ސޮއިކުރެވޭ ދުވަހުން ފެށިގެން މީލާދީ ސަނަތުން 50 (600 މަސް) އަހަރަށެވެ. މި މުއްދަތަ ފެށޭނެ 02 ފެބްރުވަރީ 2015 ވަނަ ދުވަހުންނެވެ. 5 ވަނަ މާއްދާ: ކުލި: ޢިމާރާތުގެ ކުއްޔަކީ ކޮންމެ މީލާދީ މަހަކު -/10000 (ދިހަހާސް) ރުފިޔާއެވެ. (އެޑްވާންސްގެ ގޮތުގައެ ނެގުނު ފައިސާއިން ކޮންމެ މަހަކު އެމަހަކަށް ޖެހޭމިންވަރު އުނިކުރުމަށްފަހު ކުލި ދައްކަންޖެހޭ) 6 ވަނަ މާއްދާ: ކުލި ދައްކަންޖެހޭ ތާރީޚް: ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުރިއަށް ހިނގާ މަހުގެ ކުލި ކުއްޔަށް ހިފާ ފަރާތުން ކުއްޔަށްދޭ ފަރާތަށް ދޭންވާނެއެވެ. 7 ވަނަ މާއްދާ: ސެކިއުރިޓީ ޑިޕޮސިޓް އަދި އެޑްވާންސް: މިއެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާ ފަރާތުން އެޑްވާންސް އެއްގެ ގޮތުގައި ކުއްޔަށްދޭ ފަރާތަށް -/5000008 (އަށްމިލިޔަން ފަސްލައްކަ ރުފިޔާ) ރުފިޔާވަނީ އަދާކޮށްފައެވެ. އަދި މިފައިސާއަކީ ކުއްޔަށް ދެވޭ މުއްދަތްކަމުގައި މިއެއްބަސްވުމުގެ 4 (ހަތަރެއް) ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ މުއްދަތަށް ކޮންމެ މަހަކަށް އެމަހަކަށް ޖެހޭ މިންވަރު އުނިވަމުން އަންނާނެ ގޮތުގެ މަތިން ނެގުނު ފައިސާއެކެވެ.
30ޕްރިސިޑެންސް 6އިސްވެ ބަޔާންކުރެވުނު މާއްދާތަކަށް ބެލުމުން، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު ޤަބޫލުނުކުރެވޭ އަދި ދެކޮޅުނުޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވެއެވެ.
31އެގޮތުން، ފުރަތަމަ ކަމަކަށް އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ބަޔާންކުރާ ސެކިއުރިޓީ ޑިޕޮސިޓް އަދި އެޑްވާންސް ފައިސާގެ ގޮތުގައި ދީފައިވާ ކަމަށް ބުނާ -/8,500,000ރ. (އަށްމިލިއަން ފަސްލައްކަ) ރުފިޔާއަށް ބަލާއިރު، އެފައިސާ އަދާކޮށްފައިވަނީ ނަޤުދު ފައިސާއިން ކަމަށް މުޙައްމަދު ސަލީމްގެ ފަރާތުން ބުނެއެވެ. ބުނެވިދިޔަ ފައިސާގެ ޢަދަދަކީ ކުޑަ އަދަދެއްނޫނެވެ. އެ ޢަ ދަދަށ މުޙައްމަދް ސަލީމަށ ފައިސް ލިބުނު ގޮތެއް އެނގޭކަށް ނެތެވެ. މިސާލަކަށް އެ ފައިސާއަކީ، މުޙައްމަދު ސަލީމުގެ ނަމުގައި ބޭންކެއްގައި ހުޅުވާފައިހުރި އެކައުންޓަކުން ނެގި ފައިސާކަން ނުވަތަ ބޭންކުން ލޯނެއްގެ ގޮތުގައި ނުވަތަ ފަހުން އަނބުރާ ދޭގޮތަށް ރަށްޓެއްސެއްގެ އަތުން ނެގި ފައިސާއެއްކަން އެނގެން އޮތްނަމަ، އެއްބަސްވުމުގައި އެ ޢަދަދަށް ފައިސާ ދީފައިވާ ކަމަށް ބުނާ ބުނުމަށް އިތުރު ބާރެއް ލިބުނީހެވެ.
32މި މައްސަލައިގައި ޙަވާލާދޭ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 7 އޭޕްރިލް 2015 ގައެވެ. އޭގެ 1 (އެކެއް) އަހަރާ 4 (ހަތަރެއް) މަހާއި 14 (ސާދަ) ދުވަސް ފަހުން، 2016 އޮގަސްޓް 20 ގައި ޙަސަން އާދަމް ނިޔާވިއެވެ. ޙަސަން އާދަމް ނިޔާވުމާއި ގުޅިގެން، ފެމިލީ ކޯޓަށް ހުށަހެޅި މަރުޙޫމްގެ ތަރިކަ މައްސަލައިގެ ތެރެއިން، ފެންނަން އޮތް ޙަޤީޤަތަކީ ޙަސަން އާދަމް ނިޔާވިއިރު އެފަރާތުގެ ތަރިކައިގެ ގޮތުގައި ހުރި ފައިސާގެ ޢަދަދަކީ އެންމެ 180 (އެއްސަތޭކަ އަށްޑިހަ) ރުފިޔާއެވެ. ގަނެފައިވާ އަގުހުރި މުދަލެއް ފެންނާކަށް ނެތެވެ. 1 (އެކެއް) އަހަރާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި -/8,500,000ރ. (އަށްމިލިޔަން ފަސްލައްކަ) ރުފިޔާ ޙަސަން އާދަމު ޚަރަދުކުރިގޮތެއ ފެންނާކަށް ނެތެވެ. އެނގޭކަށް ނެތެވެ. 1 (އެކެއް) އަހަރާ 4 (ހަތަރެއް) މަސްދުވަހުގެ މުއްދަތަށް -/8,500,000ރ. (އަށްމިލިޔަން ފަސްލައްކަ) ރުފިޔާ ބަލާނަމަ، އެއީ، މަހަކަށް -/5,31,250ރ. (ފަސްލައްކަ އެއްތިރީސްހާސް ދުއިސައްތަ ފަންސާސް) ރުފިޔާއެވެ. އެހެންކަމުން، މި މައްސަލާގައި ޙަވާލާދޭ އެއްބަސްވުމުގައި ބަޔާންކުރާ -/8,500,000ރ. (އަށްމިލިޔަން ފަސްލައްކަ) ރުފިޔާ މުޙައްމަދު ސަލީމްގެ ފަރާތުން ޙަސަން އާދަމްއަށް އަދާކުރި ކުރުމާ މެދު ސުވާލު އެފެދެއެވެ. ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު އެކަން އެގޮތަށް ހިނގާ ފައިވާ ކަމަށް ބެލުމަށްވުރެ ނުބެލުން ގާތްކަމަށް ދެކެމެވެ.
33ދެވަނަ ކަމަކަށް، އެއްބަސްވުމުގެ 4 ވަނަ މާއްދާގައި، އެއްބަސްވުމުގެ ދަށުން ކުއްޔަށްދޭ ޢިމާރާތް، ކުއްޔަށްދޭ މުއްދަތަކީ އެ އެއްބަސްވުމުގައި ސޮއިކުރެވޭ ދުވަހުން ފެށިގެން މީލާދީ ސަނަތުން 50 (600 މަސް) އަހަރު ދުވަހަށް ކަމަށް ބަޔާންކުރެއެވެ. އޭރު ޙަސަން އާދަމްގެ އުމުރަކީ 71 އަހަރެވެ. އެއްބަސްވުމުގައި ސޮއިކުރި ދުވަހެއްގެ ގޮތުގައި އެ އެއްބަސްވުމުން އެނގެން އޮތީ 7 އޭޕްރިލް 2015 ގެ ތާރީޚެވެ. ނަމަވެސް އިޝާރާތްކުރެވުނު މާއްދާގެ ފަހު ޖުމްލައިގައި، އެ މާއްދާގައި ބަޔާންކުރާ މުއްދަތު ފެށޭނީ 20 ފެބްރުވރަ 2015 ވަނަ ދުވަހުން ފެށިގެން ކަމަށް ބަޔާންކުރެއެވެ. އެހެންކަމުން، އެއްބަސްވުމުގެ ދަށުން، ކުއްޔަށްދޭ ޢިމާރާތުގެ މުއްދަތު ފެށޭ ތާރީޚެއް ސާފެއް ނޫނެވެ. ހަމައެއާއެކު މިނުކުތާގައި ވިސްނާލަންޖެހޭ ކަމަކީ، މި އެއްބަސްވުމަށް އައުމުގެ ކުޑަ ދުވަސްކޮޅެއ ކުރިން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙާއެކު ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް، ނުވަތަ ބަންޑާރަ ގޯއްޗަކުން ބަޔެއް، ނުވަތަ ބަންޑާރަ ގޯއްޗެއްގައި ކޮށްފައިވާ ޢިމާރާތެއް، ނުވަތަ ޢިމާރާތުގެ ބަޔެއް، ދިރިއުޅުމަށްޓަކައި ކުއްޔަށްދެވޭނެ މުއްދަތު 35 (ތިރީސް ފަހެއް) އަހަރުން 50 (ފަންސާސް) އަހަރު ދުވަހަށް ބަދަލުވިއެވެ.
11. ޤާނޫނު ނަންބަރު 2015/4، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު. މި ޤާނޫނު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވިފައިވަނީ، 05 ޖަނަވަރީ 2015 ގައެވެ. ބުނެވިދިޔަ ޤާނޫނުގެ 3 ވަނަ މާއްދާއިން، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) އަށް ގެނައި އިޞްލާޙު.
34ތިންވަނަ ކަމަކަށް، ކުރިން އިސްވެބަޔާންކުރި ފަދައިން ޙަވާލާދޭ އެއްބަސްވުމުގައި ސެކިއުރިޓީ ޑިޕޮސިޓް އަދި އެޑްވާންސް ފައިސާގެ ގޮތުގައި -/8,500,000ރ. (އަށްމިލިއަން ފަސްލައްކަ) ރުފިޔާ އަދާކޮށްފައިވާކަމަށް އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި އެފައިސާއަކީ އެއްބަސްވުމުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުއްޔަށްދެވޭ މުއްދަތަށް ކޮންމެ މަހަކަށް އެމަހަކަށް ޖެހޭ މިންވަރު އުނިވަމުން އަންނާނެ ގޮތުގެ މަތިން ދީފައިވާ ފައިސާއެއްކަމުގައި ބަޔާންކުރެއެވެ.
35އެއްބަސްވުމުގެ 4 ވަނަ މާއްދާގައި ބަޔާންކުރާގޮތުން އެ އެއްބަސްވުމުގެ މުއްދަތަކީ މީލާދީ ސަނަތުން 50 އަހަރު (600 މަސް) ދުވަހެވެ. އެއްބަސްވުމުގެ ދަށުން ކުއްޔަށްދެވޭ ޢިމާރާތުގެ މަހު ކުއްޔަކީ ކޮންމެ މީލާދީ މަހަކަށް -/10000ރ. (ދިހަހާސް) ރުފިޔާ ކަމުގައި އެއްބަސްވުމުގެ 5 ވަނަ މާއްދާގައި ބަޔާންކުރެއެވެ. އަދި ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުރިއަށް ހިނގާ މަހުގެ ކުލި ކުއްޔަށް ހިފާ ފަރާތުން ކުއްޔަށްދޭ ފަރާތަށް ދޭންވާނެކަމާއި، އެޑްވާންސް ފައިސާގެ ގޮތުގައި ދީފައިވާ ފައިސާއިން ކޮންމެ މަހަކު އެމަހަކަށްޖެހޭ މިންވަރު އުނިކުރުމަށްފަހު ކުލި ދައްކަންޖެހޭނެކަމަށް ބަޔާންކުރެއެވެ.
36އެޑްވާންސް ފައިސާގެ ގޮތުގައި ދީފައިވާ ކަމަށް ބުނާ -/8,500,000ރ. (އަށްމިލިއަން ފަސްލައްކަ) ރުފިޔާ، އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތިން ހިސާބު ކުރުމުން ނުކުންނަ ނަތީޖާ ބެލުމުން، އެޑްވާންސް ފައިސާގެ ގޮތުގައި ބަޔާންކުރާ -/8,500,000ރ. (އަށްމިލިއަން ފަސްލައްކަ) ރުފިޔާ މީލާދީ ސަނަތުން 50 އަހަރަށް (600 މަސް) ބެހުމުން ޖެހޭ އަދަދަކީ، މަހަކަށް -14,166.66/ރ. (ސާދަހާސް އެއްސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި) އެވެ.
37އެހެންކަމުން، އެޑްވާންސް ފައިސާގެ ގޮތުގައި ދީފައިވާ ކަމަށް ބުނާ ފައިސާ ހިސާބުކުރުމުން، އެއްބަސްވުމުގެ 5 ވަނަ މާއްދާގައި މަހު ކުލީގެ ގޮތުގައި ބަޔާންކުރާ -/10000ރ. (ދިހަހާސް) ރުފިޔާއަށް ވުރެ ބޮޑު ޢަދަދެއް އާދެއެވެ. މިޙާލަތުގައި ދެން އުފެދޭ ސުވާލަކީ، އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ [ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުރިއަށް ހިނގާ މަހުގެ ކުލި ކުއްޔަށް ހިފާ ފަރާތުން ކުއްޔަށްދޭ ފަރާތަށް ދޭންވާނެއެވެ.] ކަމަށް ބަޔާންކޮށްފައި އޮތް އޮތުމުގެ ދަށުން، މުޙައްމަދު ސަލީމްގެ ފަރާތުން (ކުއްޔަށް ހިފާ ފަރާތުން) ޙަސަން އާދަމް (ކުއްޔަށްދޭ ފަރާތް) އަށް، ކުލީގެ ގޮތުގައި ދޭންޖެހޭ ފައިސާގެ މިންވަރަކީ ކޮބައިކަމެވެ.
38މި ނުކުތާގައި އިސްތިއުނާފު ރައްދުވާ މުޙައްމަދު ސަލީމްގެ ފަރާތުން ފާހަގަކޮށްފައިވަނީ، އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ބަޔާންކުރާ ސެކިއުރިޓީ ޑިޕޮސިޓް އަދި އެޑްވާންސް ފައިސާގެ ގޮތުގައި ދީފައިވާ -/8,500,000ރ. (އަށްމިލިއަން ފަސްލައްކަ) ރުފިޔާގެ ތެރެއިން -/6000000ރ. (ހަމިލިއަން) ރުފިޔާއަކީ އެޑްވާންސް ފައިސާކަމަށާއި، އެއީ، އެއްބަސްވުމުގެ 5 ވަނަ މާއްދާގައި މަހުކުލގީ ގތުގައޮ ބަޔާންކުރާ -/10000ރ. (ދިހަހާސް) ރުފިޔާގެ ރޭޓުން، މީލާދީ 50 އަހަރު (600 މަސް) ދުވަހުގެ ކުލިކަމަށެވެ. ދެންހުރި، -/2500000ރ. (ދެމިލިއަން ފަސްލައްކަ) ރުފިޔާއަކީ ޑިޕޮސިޓް ފައިސާކަމަށެވެ.
39އިސްތިއުނާފު ރައްދުވާ ފަރާތުގެ މިބުނުމަށް ބަލާއިރު، މި މައްސަލައިގައި ޙަވާލާދޭ އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި -/2500000ރ. (ދެމިލިއަން ފަސްލައްކަ) ރުފިޔާގެ ޑިޕޮސިޓް ފައިސާއަކީ ގުޅާ އެއްވެސް ވާހަކައެއް ބަޔާންކުރެވިފައެއް ނުވެއެވެ. އެގޮތުން، އެފައިސާއަކީ ކިހިނެއް، ކޮންގޮތަކުން އަދި ކީއްކުރަން ބހެއްޓެ ފައިސާއެއްކަމާއި އެއްބަސްވުން ނިމުމަކަށް އަންނަ ޙާލަތުގައި އެފައިސާއާމެދު ޢަމަލުކުރެވޭނެ ގޮތެއްވެސް އެނގޭކަށް ނެތެވެ.
40އެހެންކަމުން، މިއީ، އިސްތިއުނާފު ރައްދުވާ ފަރާތުން ހަމައެކަނި އަންދާޒާކޮށ ބުން ބުނުމެއްކަމާއި، އަދިކިއެއްތަ، އެއީ އެއްވެސް ޙަޤީޤަތެއްނެތް ހަމަނުޖެހޭ ބުނުމެއްކަން އެނގިގެންދަނީ، ކުރިން އިސްވެ ފާހަގަކޮށްފައިވާ ފަދައިން އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ "ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުރިއަށް ހިނގާ މަހުގެ ކުލި ކުއްޔަށް ހިފާ ފަރާތުން ކުއްޔަށްދޭ ފަރާތަށް ދޭންވާނެއެވެ." ކަމަށް ބަޔާންކޮށްފައި އޮތް އޮތުމެވެ. އެހެނީ، އިސްތިއުނާފު ރައްދުވާ ފަރާތުން މިނުކުތާގައި ފާހަގަކުރާ ފަދައިން އެއްބަސްވުމުގެ މުޅިމުއްދަތަށް އެޑްވާންސްގެ ގޮތުގައި ކުލި ދައްކާފައިވާނަމަ، އެއްބަސްވުމުގެ ދަށުން އިތުރަށް ދައްކަންޖެހޭ ކުއްޔެއް އޮވެގެން ނުވާނެވެ. […] ވިއްކުމާގުޅޭ އެއްބަސްވުން:
41މި މައްސަލައިގައި ޙަވާލާދޭ އެއްބަސްވުމުގެ ދަށުން ކުއްޔަށް ދެވުނު […] ގަނެވިއްކުމާ ގުޅޭގޮތުންވެސ އެއްބަސްވުމެއް ހެދިފައިވާކަމަށް މި މައްސަލައާގުޅިގެން، ޚަޞްމުންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ. އެހެންކަމުން، ޝަރީޢަތުގެ ކުރިމަތީގައި އޮތް މި މައްސަލައިގެ ބޭނުމަށްޓަކައި އެ މުޢާމަލާތާގުޅޭ ގޮތުން ޖުމްލަގޮތެއްގައި ދެތިންކަމެއް ފާހަގަކޮށްލުން މުހިންމު ކަމަށްދެކެމެވެ. ސަބަބަކީ […] ގަނެވިއްކުމާ ގުޅޭގޮތުން އެއްބަސްވުމެއް ވެވިފައިވަނީވެސް، މި މައްސަލައިގައި ޙަވާލާދޭ އެއްބަސްވުމުގެ ބައިވެރިންގެ މެދުގައިކަމަށް ވުމެވެ.
42[…] މީލާދީ 50 (ފަންސާސް) އަހަރު ދުވަހަށް ކުއްޔަށް ދިނުމަށްޓަކައި، ސެކިއުރިޓީ ޑިޕޮސިޓް އަދި އެޑްވާންސް ފައިސާގެ ގޮތުގައި -/8,500,000ރ. (އަށްމިލިއަން ފަސްލައްކަ) ރުފިޔާ މުޙައްމަދު ސަލީމްގެ ފަރތުނ ޙަސަން އާދަމްއަށް އަދާކޮށް، މި މައްސަލާގައި ޙަވާލާދޭ އެއްބަސްވުން ވެފައިވާ ތާރީޚަކީ 7 އޭޕްރިލް 2015 އެވެ. އޭގެ 2 މަހާއި 12 ދުވަސްފަހުން، […] ގަތުމަށް މުޙައްމަދު ސަލީމް -5,000,000/ރ. (ފަސްމިލިއަން) ރުފިޔގާ ނޤަދ ފައިސު ޙަސަން އާދަމްއަށް ޙަވާލު ކުރިކަމަށް ބުނެ އެއްބަސްވުމެއް ވެފައިވެއެވެ. އެލިޔުމުގައި ޙަސަން އާދަމްގެ އިނގިލީގެ ނިޝާން ޖަހާފައިވެއެވެ.
4320 އޮގަސްޓް 2016 ގައި ޙަސަން އާދަމް ނިޔާވުމާއި ގުޅިގެން، އިސްވެ ޙަވާލާދވުނެ […] ގަތުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން މުޙައްމަދު ސަލީމް ޙަސަން އާދަމްއަށް ދިންކަމަށް ބުނާ -5,000,000/ރ. (ފަސްމިލިއަން) ރުފިޔާއަކީ، މަރްޙޫމް ޙަސަން އާދަމްގެ ތަރިކަ މުދަލުގެ މައްޗަށް އޮތް ދަރަންޏެއްކަމަށް ކަނޑައަޅައިދިނުމަށް އެދި މަރްޙޫމް ޙަސަން އާދަމްގެ ވާރިޘުންގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
44އެގޮތުން، ސިވިލް ކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2920/Cv-C/2018 ޤަޟިއްޔާގައި، ބުނެވިދިޔަ ފައިސާ […] މުޙައްމަދް ސަލީމްގެ ފަރާތުން […] އަލްމަރްޙޫމް ޙަސަން އާދަމްއާއި ޙަވާލުކޮށްފައިވާ ކަން ޝަރީޢަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް މުޙައްމަދު ސަލީމަށް ދެއްކިފައިނުވާތީ އެ ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ އަލްމަރުޙޫމް ޙަސަން އާދަމްގެ ތަރިކަ މުދަލުގެ މައްޗަށް އޮތް ދަރަންޏެއްކަމަށް ޝަރީޢަތުން ކަނޑައެޅެން ނެތްކަމަށް ޙުކުމްކޮށްފައިވެއެވެ.
45އިސްވެ ބަޔާންކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 2920/Cv-C/2018 ޤަޟިއްޔާގައި އެކޯޓުން ކޮށްފައިވާ ޙުކުމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/233 ޤަޟިއްޔާއިންނާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/47 ޤަޟިއްޔާއިން ތާއީ ދުކޮށްފައިވެއެވެ.
46އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 3027/Cv-C/2018 ޤަޟިއްޔާއާ ގުޅިގެން، އަލްމަރުޙޫމް ޙަސަން އާދަމްގެ ވާރިޘުންގެ ފަރާތުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއާ ޙަވާލާދީ ފާހަގަކުރާ މައިގަނޑު ބަހުޘަކީ، މަރްޙޫމް ޙަސަން އާދަމްއާއި މުޙައްމަދު ސަލީމް ދެމެދާ ވެފައިވާ އެއްބަސްވުމަކީ، ޙަސަން އާދަމްގެ މައްޗަށް ނުފޫޛއް ހިންގޭފަދަ މ ޤަމެއްގައި މުޙައްމަދު ސަލީމް ހުރެ، ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.
47ސަބަބަކީ، މުޙައްމަދު ސަލީމްއަކީ ޙަސަން އާދަމްގެ މައްޗަށް ނުރަނގަޅު ނުފޫޒެއް ފޯރުވުމުގެ މަޤާމެއްގައި ހުރި މީހެއްކަމަށެވެ. މިގޮތުން، ޙަސަން އާދަމްއަކީ ޢުމުރުން ދުވަސްވެ މުސްކުޅިވެ، ބަލިޙާލަތު ހުރި ގޮތުން އަމިއްލަ ހާލައިގެން ނޫޅެވޭ ވަރު މީހެކެވެ. ޙަސަން އާދަމްގެ ދިރިއުޅުމުގެ އެންމެހާ ކަމެއްގައި ބަރޯސާވަނީ މުޙައްމަދު ސަލީމްއަށްކަމަށެވެ. 44 އަހަރު ވަންދެން ބެލެހެއްޓުމުގެ އެންމެ އިސްފަރާތަކަށްހުރީ މުޙައްމަދު ސަލީމްކަމަށާއި، ޙަސަން އާދަމްގެ ބަލަދުވެރިއެއްގެ ގޮތުގައި ޙަސަން އާދަމްގެ މަރު ފޯމުގައި ލިސްޓްކޮށްފައިވަނީވެސ މުޙައްމަދް ސަލީމްކަމަށެވެ. ޙަސަން އާދަމްގެ ބަލަދުވެރިއެއްގެ ހައިސިއްޔަތުން ކުރަން
12. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ސަލީމް ވ. މޫސާ ޢުމަރު އަދި އިތުރު 4 ފަރާތެއް ޤަޟިއްޔާ. ޖެހުނު ކޮންމެ ކަމެއްވެސް ދަރިއެއް ފަދައިން ކުރަމުންއައި ފަރާތަކީ، މުޙައްމަދު ސަލީމުކަން، ކުރިން އިސްވެ ފާހަގަކުރި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/47 ޤަޟިއްޔާގެ 25 ވަނަ ނުކުތާގެ
(ބ) އިން އެނގެން އޮވެއެވެ.
48އިސްވެ ބަޔާންކުރެވުނު ކަންކަމަށް ބެލުމުން އަހުރެންނަށް ބޮޑަށް ބުރަވެވެނީ، 20 ފެބްރުއަރީ 2015 އިން ފެށިގެން މީލާދީ 50 (ފަންސާސް) އަހަރު ދުވަހަށް […] ކުއްޔަށް ދިނުމަށް، މަރް ޙމް ޙަސަނޫ އާދަމްއާއި އިސްތިއުނާފު ރައްދުވާ މުޙައްމަދު ސަލީމްއ ދެމެދާ ވެފައިވާ މި މައްސަލާގައި ޙަވާލާދޭ އެއްބަސްވުމަކީ، ޙަސަން އާދަމްއަށް ނުފޫޒުފޯރުވޭ ފަދަ މަގާމެއްގައި އިސްތިއުނާފު ރައްދުވާ މުޙައްމަދު ސަލީމަ ހުރެ، ނުރަނގަޅު ނުފޫޒު ބޭނުންކޮށް ސޮއިކުރުވާފައިވާ އެއްބަސްވުމެއްކަމަށް މަރުޙޫމް ޙަސަން އާދަމްގެ ވާރިޘުން ބުނާ ބަސް ގަދަކަމެވެ.
49މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށްބަލައި، މުޙައްމަދު ސަލީމްއަކީ ޙަސަން އާދަމްގެ މައްޗަށް ނުފޫޒު ފޯރުވުމުގެ މަގާމެއްގައިހުރި މީހެއްކަމަށް ބުރަވެވޭއިރު، މި މައްސަލައިގައި ސުވާލު އުފެދިފައިވާ އެއްބަސްވުމަކީ، ޙަސަން އާދަމްގެ އިޚްތިޔާރުގެ މައްޗަށް މުޙައްމަދު ސަލީމް ނުފޫޒު ފޯރުވައިގެން ވެފައިވާ އެއްބަސްވުމެއްކަން އިސްތިއުނާފުކުރާ ފަރާތްތަކުން މަދަނީ މިންގަނޑުން ސާބިތުކޮށްދީފައި ވާކަމަށް ބުރަވެވެއެވެ. މީގެއިތުރުން، މުޙައްމަދު ސަލީމް ވެސް ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/47 ޤަޟިއްޔާގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މުޙައްމަދު ސަލީމްއަކީ ނުފޫޒު ފޯރުވޭ މަޤާމެއްގައި ހުރިމީހެއްކަމަށް ބުރަވެވޭއިރު، މި މައްސަލައިގައި ޚުޞޫމަތު އުފެދިފައިވާ އެއްބަސްވުމަކީ ޙަސަން އާދަމްގެ އަމިއްލަ އިޚްތިޔާރާއެކު ވެފައިވާ އެއްބަސްވުމެއްކަން މުޙައްމަދު ސަލީމަށް ސާބިތުކޮށްދެވިފައި ނުވެއެވެ.
50ޕްރިސިޑެންސް 7އެހެންކަމުން، އަލްމަރުޙޫމް ޙަސަން އާދަމްއާއި މުޙައްމަދު ސަލީމްއާ ދެމެދު ވެވުނު އެއްބަސްވުމަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި ބނެފައިވުފަދައިން މުޙައްމަދު ސަލީމް ނުރަނގަޅު ގޮތަކަށް
13. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ސަލީމް ވ. މޫސާ ޢުމަރު އަދި އިތުރު 4 ފަރާތެއް ޤަޟިއްޔާ. ނުފޫޒު ބޭނުންކޮށްފައިވާ، އަދި އެ ޤާނޫނުގެ 12 ވަނަ މާއްދާގައިވާފަދައިން އަލްމަރުޙޫމް ޙަސަން އާދަމްގެ އަމިއްލަ އިޚްތިޔާރުގައި ވެފައިވާ އެއްބަސްވުމެއް ނޫންކަމަށް ބުރަވެވޭތީ، އެ އެއްބަސްވުމަކީ އެ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ބާޠިލު ކޮންޓްރެކްޓެކެވެ. މައްސަލަ ނިންމަން ފެންނަގޮތް:
51ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، […] އެވެ ކިޔާ އަމިއްލަ ގޯތި މީލާދީ 50 (ފަންސާސް) އަހަރު ދުވަހަށް […] މުޙައްމަދު ސަލީމްއަށް ކުއްޔަށް ދިނުމަށްޓަކައި މަރުޙޫމް ޙަސަން އާދަމް އާއި […] މުޙައްމަދު ސަލީމް އާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމަށް ކަނޑައަޅައި، އެ އެއްބަސްވުމަށް އިހްތިރާމުކުރުމަށ މަރްޙޫމް ޙަސަން އާދަމްގެ ވާރިޘުންނަށް އަންގައި، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 3027/Cv-C/2018 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ބާޠިލުކޮށް، ޙަވާލާދެވުނު އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ ނުރަނގަޅު ނުފޫޒު ބޭނުންކޮށްގެން ވެފައިވާ އެއްބަސްވުމެއް ކަމަށް ބެލެވޭތީ، އެ އެއްބަސްވުމަކީ އެ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ބާޠިލު އެއްބަސްވުމެއް ކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
52މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔަށް ތާއިދުކުރަމެވެ.
53މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔަށް ތާއިދުކުރަމެވެ.
14. ސިވިލް ކޯޓުގެ ނަންބަރު 294/2015-C/C-Cv އެއްބަސްވުން.
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/2015 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 4 ވަނަ އިޞްލާޙު)، ބިމާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) (ކުއްޔަށް ދެވޭ މުއްދަތު 50 އަހަރަށް)
- ޤާނޫނު ނަންބަރު 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) (ދަށުކޯޓަށް ދަޢުވާ ހުށަހެޅި ބިނާ)
- ސުޕްރީމް ކޯޓު 2019/SC-A/99 (ރިފާސް ޙުސައިން ވ. ޙުސައިން ޢަބްދުލްޤާދިރު)، ޕެރ. 19-52
- ސުޕްރީމް ކޯޓު 2022/SC-A/47 (މުޙައްމަދު ސަލީމް ވ. މޫސާ ޢުމަރު އަދި އިތުރު 4 ފަރާތެއް)، ޕެރ. 25 (ބ)
- ހައިކޯޓު 2019/HC-A/233
- ސިވިލް ކޯޓު 2920/Cv-C/2018
- ބެންޗު
- މުޙައްމަދު ސަލީމް، ޙުޒައިފާ މުޙައްމަދު، ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ސަލީމް · ތާއީދުކުރެއްވީ: ޙުޒައިފާ މުޙައްމަދު، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް