ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/233
މުޙައްމަދު ސަލީމް ވ. ހާރޫން އާދަމް އަދި 3 މީހުން، 2019/HC-A/233
Mohamed Saleem v. Haaroon Adam and 3 persons 2019/HC-A/233 (2019/HC-A/233, High Court of the Maldives, 17 February 2022)
މުޙައްމަދު ސަލީމް ވ. ހާރޫން އާދަމް އަދި 3 މީހުން
މައިގަނޑު ސުވާލު
މ. ޖޫލިއެޓްހައުސް ގަތުމަށް އަލްމަރްޙޫމް ޙަސަން އާދަމްއަށް 5,000,000 ރުފިޔާ އަދި ބިން އަމިއްލަކުރުމަށް މީރާއަށް ދެއްކި 164,424.26 ރުފިޔާ ޙަސަން އާދަމްގެ ތަރިކައިގެ މައްޗަށް އޮތް ދަރަންޏެއްކަމަށް ޘާބިތުވޭތޯ؛ ޝަރީޢަތުން ބޭރުގައި ކުރި ބިން ވިއްކުމުގެ މުޢާމަލާތުގެ ޤާނޫނީ ބުރަދަނާއި، ހެކިބަސް ބަދަލުކުރި ހެއްކެއްގެ ހެކިބަހުގެ ޙުކުމް.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް؛ ހެއްކެއްގެ މައްސަލަ ތަޙްޤީޤުކުރަން ފުލުހުންނަށް އަމުރު
ކަނޑައެޅުނު އުޞޫލުތައް
- ދަށުކޯޓަށް ހުށަހެޅި ދަޢުވާގައި ކުރިން ނިމުނު ޤަޟިއްޔާތަކުގައި ދެއްކި ވާހަކަތަކަށް ރިޢާޔަތްކުރަން އެދިފައިނުވާއިރު، އެކަމަށް ދަށުކޯޓުން ރިޢާޔަތްނުކުރިކަމަށް ބުނެ ހުށަހަޅާ އިސްތިއުނާފީ ނުކުތާއަށް ބުރަދަނެއް ނުލިބެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29)
- ނިޔާވެފައިވާ މީހަކު ދިންކަމަށް ބުނާ ޕަވަރ އޮފް އެޓަރނީއެއްގެ ދަށުން ކަންކަން ކުރިކަމަށް ބުނާ ފަރާތުން، އެ ޕަވަރ އޮފް އެޓަރނީ ދީ ރަޖިސްޓްރީކުރެވުނު ގޮތް ސާބިތުކޮށްދޭންޖެހެއެވެ؛ އޭގެ އަޞްލެއް ނުވަތަ ކޮޕީއެއްވެސް ހުށަނާޅައި އެކަން ސާބިތުނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31، 32)
- ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ ބިމާބެހޭ ޤާނޫނާ އެއްގޮތަށެވެ؛ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ވިއްކުމުގެ މުޢާމަލާތު ކުރެވެންވާނީ އެ ޤާނޫނާއި އޭގެ ދަށުން ހަދާ ޤަވާޢިދާ އެއްގޮތަށެވެ. ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަކުރުމަށް ދައްކަންޖެހޭ އަގު ކަނޑައަޅާނީ ހައުސިންގ މިނިސްޓްރީންނެވެ؛ މުޢާމަލާތެއްގެ ޞައްޙަކަން ބަލަންޖެހޭނީ އެ މުޢާމަލާތު ހިނގިއިރު އޮތް ޤަވާޢިދަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33–37)
- ގޯތި އަމިއްލަކުރުމަށް ދައްކަންޖެހޭ ފައިސާ ދައްކަނީ ގަންނަ ފަރާތުން ނަމަ، އެ މުޢާމަލާތުގެ ހުރިހާ ކަމެއް ޝަރީޢަތުގެ ތެރެއިން ހިންގަންޖެހެއެވެ؛ ޝަރީޢަތް މެދުވެރިކޮށް ކުރަންޖެހޭ މުޢާމަލާތެއް ޝަރީޢަތުން ބޭރުގައި ކުރުމަށްފަހު އެކަން ތަޞްދީޤުކުރަން ކޯޓަށް ހުށަހެޅުމަކީ ޝަރީޢަތް މެދުވެރިކޮށް ކުރި މުޢާމަލާތެއް ނޫނެވެ، އަދި އެއީ ބިމާބެހޭ ޤާނޫނު ބަޔާންކުރާ އިޖުރާއަތެއް ނޫނެވެ. ޝަރީޢަތުން ބޭރުގައި ކުރި އެފަދަ މުޢާމަލާތެއްގެ މައްޗަށް ޤާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ނުދެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41–44)
- ދަޢުވާ ލިބޭ ފަރާތްތަކުން ޖަވާބު ފޯމުގައި ދަޢުވާގެ މުޠުލަޤަށާއި ސީޣާއަށް ޖުމްލަކޮށް އިންކާރުކޮށްފައިވާނަމަ، ދަޢުވާގެ ވަކި ބައެއް އިންކާރުނުކުރާ ކަމެއްކަމަށް ދަޢުވާކުރާ ފަރާތުން ބުނެ ބަރޯސާވެވޭކަށް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 45)
- ބޮޑު ޢަދަދެއްގެ ނަގުދު ފައިސާ ޙަވާލުކުރިކަމަށް ބުނާ ދަޢުވާއެއް ސާބިތުކުރަންވާނީ ސަބަބުވެރި، މަންޠިޤަށް ޤަބޫލުކުރެވޭ ހަމައަކުންނެވެ (މިސާލު: އާމްދަނީ ލިބޭ ގޮތް ނުވަތަ ބޭންކަކުން ފައިސާ ނެގި ގޮތް)؛ ފައިސާ ގުނައި ޢަދަދު ބަލާފައި ނުވާ ހެކިންގެ ބަހުން ފައިސާގެ ޢަދަދު ސާބިތުނުވެއެވެ. ލިޔުމެއްގެ ޞައްޙަކަން ކަށަވަރުކުރުމުން ފައިސާ ދިންކަން ސާބިތުވާނެތޯ ބަލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 51، 54، 61)
- ހެކިބަސް ދޭންޖެހޭ މަޤާމެއްގައި ހުރެ ދޮގު ހެކިބަސް ދީ ޝަރީޢަތަށް ނުރަނގަޅު ނުފޫޒު ފޯރުވިކަމަށް ބެލެވޭ ޙާލަތެއްގައި، ޢަދުލުއިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމާއި ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށް ފިޔަވަޅު އެޅުމުގެ ބާރު ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓަށް ލިބިގެންވާތީ، އެ ހެއްކެއްގެ މައްސަލަ ތަޙްޤީޤުކުރަން ފުލުހުންނަށް އަމުރުކުރެވޭނެއެވެ؛ އަދި އެ ހެކީގެ ބަސް ހެކިބަހެއްގެ ގޮތުގައި ޤަބޫލުނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 58–60)
- ހައިކޯޓުން ބާޠިލުކޮށްފައިވާ ޙުކުމަކާ ގުޅޭ ނުކުތާއެއް، އަދި ދަޢުވާގެ މައުޟޫޢާ ގުޅުމެއް ނެތް ނުކުތާއެއް، އިސްތިއުނާފާ ގުޅުން އޮތް ނުކުތާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 66)
- ހެއްކެއް ނެތި، ދަށުކޯޓުގައި މައްސަލައިގެ ފަރާތެއްގެ ގާތްތިމާގެ މީހުން ވަޒީފާ އަދާކުރާކަމަށް ބުނުމަކީ މައްސަލަ ބެލި ފަނޑިޔާރަށް ނުފޫޒު ފޯރުވިކަމަށް ނިންމޭނެ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 67)
ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:
1މިއީ ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/2920 ޤަޟިއްޔާ އެކޯޓުން ނިނމާފައިވަނ ޝަރުޢީ އަދި ޤާނޫން ހަމަތަކާއި ޚިލާފަށްކަމަށްބުނެ، […] މުޙައްމަދު ސަލީމް (އައި.ޑީ.ކާރޑް ނަންބަރު : 042563A) ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤޟަ އްޔިގެ އިސްތިއުނާފު ރައްދުވާ ފަރާތތަކް ކ […] ހާރޫން އާދަމް (އައި.ޑީ.ކާރޑް ނަންބަރު: 131131A) އާއި ހދ.ކުޅުދުއްފުށި، […] / މޫސާ ޢުމަރު (އައި.ޑީ.ކާރޑް ނަންބަރު : 414A233) އާއި ހދ.ކުޅުދުއްފުށި، […] / މަރްޔަމް ޢުމަރު (އައި.ޑީ.ކާރޑް ނަންބަރު : ) އދ ހދ.ކުޅުދުއްފުށި، […] / ޢަލީ ޔޫސުފް (އައި.ޑީ.ކާރޑް ނަންބަރު : ) އެވެ.
2ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/2920 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅިފައިވަނިކޮށް، އިސްތިއުނާފު ރައްދުވާ ހާރޫން އާދަމް 30 އޭޕްރީލް 2020 ގައި ވަނީ ނިޔާވެފައެވެ. ހާރޫން އާދަމްގެ ވާރިޘުންގަ ފަރާތުން އެދެނީ މިމައްސަލައިގައި ވާރިޘުންގެ ބަހާއިއެކު ކުރިއަށް ދިއުމަށެވެ. އެކަން، 14 ޖނޫ 2020 ގައި މިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ބަދަލު ހމަޖައްސާފައިވަ ފަރާތުން ހާމަކޮށްފައިވެއެވެ. އެހެންވެ، ހާރޫން އާދަމްގެ ވާރިޘުން ޘާބިތުކުރުމުގެ ކަންކަން ނިންމުމުގެ ފުރުޞތަ އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ދެވިފައިވެއެވެ.
309 ޖުލައި 2020 ގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހާރޫން އާދަމްގެ މަރު ސާބިތުކުރި ފޯމް ހުށަހަޅާފައިވެއެވެ. އޭގެ ފަހުން، މަރްހޫމް ހާރޫން އާދަމްގެ ވާރިޘުން ސާބިތުކުރުމުގެ މައް ސަލަ 09 އޮގަސްޓް 2020 ގައި ފެމިލީ ކޯޓަށް ބަލައިގަނެފައިވާތީ، މަރުޙޫމް ހާރޫން އާދަމްގެ ވާރިޘުން ހިމަނައިގެން މެނުވީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް އެދި 15 ސެޕްޓެނބަރް 2020 ގައި އިސްތިއުނާފ ރައްދުވު ފަރާތްތަކުގާ ބަދަލު ހަމަޖައްސާފައިވާ ފަރާތުން ސިޓީ ފޮނުވިއެވެ. އަދި މަރުޙޫމް ހާރޫން އާދަމްގެ ވާރިޘުން ސާބިތުކުރުމުގެ ކަންކަން ފެމިލީ ކޯޓުން ނިންމާފައިވާކަން މިކޯޓަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތުން އަންގާފައިވަނަ 28 މާރިޗު 2021 ގައެވެ.
4ހާރޫން އާދަމްގެ ވާރިޘުންގެ ގޮތުގައި ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ، ހާރޫނު އާދަމް ނިޔާވިއިރު، އިން ހުވަފަތް އަނބި، […] ފަރިޔާލް އަޙްމަދު ރިޟާ (އައި.ޑީ.ކާރޑް ނަންބަރު: 2905A06) އާއި އަންހެން ދަރިފުޅު، […] ސަމީރާ ހާރޫން (އައި.ޑީ.ކާރޑް ނަންބަރު: )އެވެ. ވީމާ، މިމައްސަލައިގެ އަޑުއެހުންތައް ދެން ކުރިއަށް ގެންގޮސްފައިވަނީ ހާރޫން އާދަމްގެ ވާރިޘުން ހިމަނައިގެންނެވެ. މައްސަލައިގަ ކަންހިނގާފައިވާ ގޮތް ސިވިލް ކޯޓުގެ ނަންބަރު:C/2016-Cv/1765 ޤަޟިއްޔާ ([…] ވިއްކުން)
5ޙަސަން އާދަމްގެ ފަރާތުން […] އެވެކިޔާ (ރަޖިސްޓްރީ ނަންބަރު އ.5124) 1067.69 (އެއްހާސް ފަސްދޮޅަސް ހަތެއް ޕޮއިންޓް ހަޔެއް ނުވައެއް) އަކަފޫޓުގެ އަމިއްލަ ގޯއްޗާއި އެގޯތީގައިވާ އެންމެހައި ޢިމާރާތްތައް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ނަންބަރު 0039148 މަރު ސާބިތުކުރުމުގެ ލިޔުން ފެމެލީ ކޯޓުގެ ނަންބަރު C/2020-Fm/897 ޤަޟިއްޔާ. -/5,000,000ރ. (ފަސްމިލިއަން ރުފިޔާ) ގެ އަގަކަށް […] މުޙައްމަދު ސަލީމްއަށ ވިއްކުމަށް އެދި 18 އޮގަސްޓް 2016 ގައި ފޯމް ހުށަހެޅިއެވެ. މިމައްސަލަ ސިވިލް ކޯޓުގެ ޤަޟިއްޔާއެއްގެ ގޮތުގައި 23 އޮގަސްޓް 2016 ގައި ރަޖިސްޓްރީކޮށް، އެކޯޓުގެ ނަންބަރު C/2016-Cv/1765 ޤަޟިއްޔާއިން ބަލަނާ ފެށިއެވެ.
6ބަޔާންވެދިޔަ ޤަޟިއްޔާގެ ތެރެއަށް ވަނުމަށް 01 ސެޕްޓެންބަރު 2016 ގައި، […] ހާރޫން އާދަމް ހުށަހެޅިއެވެ. މިޤަޟިއްޔާގެ ތެރެއަށް ހާރޫން އާދަމް ވަންނަން އެދި ހުށަހެޅި ސަބަބަކީ މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފަރާތެއްގެ ގޮތުގައި ހާރޫން އާދަމްގެ ނިޔާވެފައިވާ ކޮއްކޮ، […] ޙަސަން އާދަމް ކަމަށް ބަޔާން ކޮށްފައިވާތީއެވެ.
7ސިވިލް ކޯޓުގެ ނަންބަރު:C/2016-Cv/1765 ޤަޟިއްޔާގައި […] ޙަސަން އާދަމްގެ ފަރާތުން، އޭނާގެ ބަދަލުގައި ކަންކަން ކުރުމަށް ޢައްޔަން ކޮށްފައިވަނީ، 04 އޮގަސްޓް 2016 ގައި ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ޕަވަރ އޮފް އެޓަރނީއެއްގެ ދަށުން ހއ.އިހަވަންދޫ ރަތްއަސުރުމާގެ، މުޙައްމަދު ޝިމްޙާޒް (އައި.ޑީ.ކާރޑް ނަންބަރު: ) ކަމަށް ބަޔާންކޮށްފައިވެއެވެ. ސިވިލް ކޯޓަށް ބަލައިގަތް، "މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަ ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމް" (ބިމާއި ޢިމާރާތް ވިއްކުން) އެންޓްރީ ނަންބަރު:1864 (18 އޮގަސްޓް 2018.) ސިވިލް ކޯޓުގެ ނަންބަރު:C/2016-Cv/1765 ޤަޟިއޔާގް ފާހަގަ ކުރެވުނު ނުކުތާ 2 ވަނަ ނަންބަރު ސިވިލް ކޯޓުގެ ނަންބަރު:C/2016-Cv/1765 ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާ 3 ވަނަ ނަންބަރު ސިވިލް ކޯޓުގެ ނަންބަރު:C/2016-Cv/1765 ޤަޟިއްޔާ ނިންމިގޮތް:
806 ސެޕްޓެނބަރް 2016 ގައި، ސިވިލް ކޯޓުގެ C/2016-Cv/1765 ޤަޟއްޔި ނިންމިއެވެ. އެޤަޟިއްޔާގެ ޙުކުމުގައި ބަޔާން ކޮށްފައިވަނީ؛ " ދެންފަހެ، […] /މާލެ ޙަސަން އާދަމް (ދރކ ނަންބަރު ) ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […] އެވެކިޔާ (ރަޖިސްޓްރީ ނަންބަރު އ.5124) 1،067.69 (އެއްހާސް ފަސްދޮޅަސްހަތެއ ޕޮއިންޓް ހަޔެއް ނުވަޔެއް) އަކަފޫޓުގެ އަމިއްލަގޯއްޗާއި އެގޯތީގައިވާ ޢިމާރާތްތައް -/5،000،000ރ (ފަސްމިލިއަން ރުފިޔާ) ގެ އަގަށް […] /މާލެ މުޙައްމަދު ސަލީމް (ދރކ ނަންބަރު ) އަށް ވިއްކުމަށް އެދި […] /މާލެ ޙަސަން އާދަމްގެ ފަރާތުން މިމައްސަލަ ހުށަހަޅާފައި ވީނަމަވެސް، މައްސަލަ ހިނގަމުންދަނިކށޮ މައްސަލް ހުށަހެޅަ […] / މާލެ ޙަސަން އާދަމް ނިޔާވެފައިވާކަމަށް ބުނެ، މި މައްސަލާގައި ޙަސަން އާދަމްގެ ފަރާތުން އެފަރާތުގެ ބަދަލުގައި ކޯޓަށް ޙާޟިރުވުމަށް ޢައްޔަންކޮށްފައިވާ ހއ.އިހަވަންދޫ / ރަތްއަސުރުމާގެ މުޙައްމަދު ޝިމްހާޒަ އާއި، މި މައްސަލާގައި ދަޢުވާލިބޭ ފަރާތުން ޝަރީޢަތަށް ބަޔާން ދީފައިވުމުންނާއި، އަދި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ނަންބަރު 0031718 މަރު ސާބިތުކުރި ލިޔުމަށް ރިޢާޔަތްކޮށް، "ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާއިދު 6" ގެ 15 ވަނަ މާއް ދާގެ 5 ވަނަ ނަންބަރާ ޙަވާލާދީ […] /މާލެ ޙަސަން އާދަމްގެ ފަރާތުން ހުށަހަޅާފައިވާ މި މައްސަލަ ހުށަހެޅިފައިވާ ފަދައިން މިހިނދުގައި ކުރިއަށް ގެންދެވެން ނެތްކަމަށް ޙުކުމް ކޮށްފީމެވެ." ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/967 ޤަޟިއްޔާ (ވާރިޘުންގަ މައްޗަށް ދަޢވާކުރު ނ )
9ޤާނޫނު ނަންބަރު: 75/25 (ތަރިކައާބެހޭ ދަޢވާގު ޤާނޫނު) ގެ ދަށުން، 28 ސެޕްޓެ ންބަރ 2016 ގައި، […] ހައުސް އަލްމަރުޙޫމް ޙަސަން އާދަމްގެ ވާރިޘުންގެ މައްޗަށް ދަޢުވާ ރައްދުކޮށް […] މުޙައްމަދު ސަލީމް ސިވިލް ކޯޓަށް ދަޢުވާ ފޯމެއް ހުށަހެޅިއެވެ. މިފޯމާއި ގުޅިގެން، ސިވިލް ކޯޓުން މުޙައްމަދު ސަލީމަށް އަންގާފައިވަނީ އަލްމަރުޙޫމްގެ ވާރިޘުންނަކީ ކޮބައކަނި ކަނޑައަޅާފައިވް ޤަޟިއޔާއެއްނެތި، އެފަރާތްތަކަކީ ކޮބައި ކަން އެނގެން ނެތުމުން، ވާރިޘުން ސާބިތު ކުރުމަށްފަހު، އަލުން ދަޢުވާ ފޯމް ހުށަހަޅައިފިނަމަ، ދަޢުވަ ފޯމް ރަޖިސްޓްރީ ކޮށްދޭނެ ކަމަށެވެ.
10އެހެންވެ، […] ޙަސަން އާދަމްގެ ވާރިޘުން ސާބިތު ކުރުމަށް މުޙައްމަދު ސަލީމްގެ ފަރާތުން 01 ނޮވެނބަރް 2016 ގައި ފެމިލީ ކޯޓަށް ހުށަހެޅިއެވެ. ޙަސަން އާދަމްގެ ވާރިޘުންގެ ގޮތުގައި، އެޤަޟިއްޔާއިން ޘާބިތުވެފައިވަނީ، ޙަސަން އާދަމްއާ އެއްބަޑު އެއްބަފާ ބޭބެ […] ހާރޫން އާދަމް އާއި އެއްބަޑު އެއްބަފާ ދައްތަ ހދ.ކުޅުދުއްފުށި ވައިލެޓްވިލާ، ފާޠިމަތު އާދަމް އާ އެކު ޖުމްލަ 02 (ދެއެއް) ވާރިޘުންނެވެ.
11އެ އަށްފަހު، ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/967 ޤަޟިއްޔާއިން، ޙަސަން އާދަމްގެ ވާރިޘުންގެ މައްޗަށް "އެއްބަސްވުމާއިމެދު ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަ"އެއް 19 މާރޗި 2017 ގައި، މުޙައްމަދު ސަލީމަ ހުށަހެޅިއެވެ. މި މައްސަލައިގައި މުޙައްމަދު ސަލީމް މައިގަނޑު ގޮތެއްގައި ބަޔާން ކޮށްފައިވަނީ؛ " ....20 އޮގަސްޓް 2016 ވަނަ ދުވަހު ނިޔާވެފައިވާތީ، ޙަސަން އާދަމްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ […] އެވެ ކިޔުނު 1067.69 އަކަފޫޓުގެ އަމިއްލަ ގޯތި މުޙައްމަދު ސަލީމްއަށް ވިއްކުމަށްޓަކައި މުޙައްމަދު ސަލީމްގެ އަތުން ނަގާފައިވާ -/5,000,000ރ. (ފަސްމިލިއަން ރުފިޔާ) އާއި އެގޯތި ގަތުމަށްޓަކައި އަމިއްލަ ކުރުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އަށް ދެއްކި 424.26،164ރ. (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ ސައުވީސް ރުފިޔާ ސައްބީސް ލާރި) އާއި އެކު ޖުމްލަ 5،164،424.26ރ. (ފަސްމިލިއަން އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ ސައުވީސް ރުފިޔާ ސައްބީސްލާރި) ޤާނޫނު ނަންބަރު 75/25 (ތަރިކައާއިބެހޭ ދައުވާގެ ޤާނޫނު) ގެ ދަށުން ހޯދުމަ ށ އެދް ހާރޫން އާ ދަމ އާއް ފާޠިމަތު އާދަމްގެ މައްޗަށް" ދަޢުވާ ކުރާ ކަމަށެވެ." ސިވިލް ކޯޓުގެ ނަންބަރު:REG/2016/DFJ/131-144 (24 އޮކްޓބަރޯ 2016) "ރަޖިސްޓްރަރގެ ނިންމުން". ފެމިލީ ކޯޓްގެ ނަންބަރު:C/2016-Fm/2011 ޤަޟިއްޔާ. ފެމިލީ ކޯޓްގެ ނަންބަރު:C/2016-Fm/2011 ޤަޟިއްޔާ ގެ ޙުކުމް.
12މި މައްސަލަ ހިނގަމުންދަނިކޮށް، ދަޢވާލިބު ހދ.ކުޅުދުއްފުށީ ވައިލެޓްވިލާ، ފާޠިމަތު އާދަމް 16 އޮގަސްޓް 2017 ގައި ނިޔާވިއެވެ. އެހެންވެ، ސިވިލް ކޯޓުން މިޤަޟިއްޔާ ނިންމީ އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. އެޤަޟިއްޔާގެ ޙުކުމުގައި ބަޔާންކުރަނީ؛ " ދެންފަހެ، […] މުޙައްމަދް ސަލީމްގެ ފަރާތުން […] ހާރޫން އާދަމް އާއި ހދ.ކުޅުދުއްފުށި / ވައިލެޓްވިލާ ފާޠިމަތު އާދަމްގެ މައްޗަށް ދަޢުވާ ކުޅަ މިޤަޟިއްޔާ ހިނގަމުން ދަނިކޮށް ދަޢުވާލިބޭ އެއްފަރާތް ކަމުގައިވާ ހދ.ކުޅުދުއްފުށި / ވައިލެޓްވިލާ ފާޠިމަތު އާދަމް 16 އޮގަސްޓް 2017 ގައި ނިޔާވެފައިވާތީ މިހާރު ހުށަހެޅިފައިވާ ގޮތަށް ހދ.ކުޅުދުއްފުށި/ ވައިލެޓްވިލާ ފާޠިމަތު އާދަމްއަށް ރައްދުވާ ގޮތަށް މިޤަޟިއްޔާ ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ.
13މުޙައްމަދު ސަލީމްގެ ފަރާތުން، މިފަހަރު ދަޢުވާ ހުށަހެޅަ ހަމައެކަނި […] ހާރޫނު އާދަމްގެ މައްޗަށެވެ. އެއީ، މުޙައްމަދު ސަލީމުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/967 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ ޙަސަން އާދަމްގެ ދަރަންޏެއްގެ ގޮތުގައި ދެކިގެން، ޤާނޫނު ނަންބަރު 75/25 (ތަރިކައާއިބެހޭ ދަޢުވާގެ ޤާނޫނު) ގެ ދަށުން އެފައިސާ ހޯދުމަށް އެދި 05 އޮކްޓޫބަރު 2017 ގައި ހުށަހެޅި ދަޢުވާ އެކެވެ.
14ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/2770 ޤަޟިއްޔާ، 18 މާރިޗު 2018 ގައި ނިންމިއެވެ. އެނިންމުމުގައި ބަޔާން ކުރަނީ؛ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތައް އެގޮތުގައި ހުރުމާއެކު، ޤާނޫނު ނަންބަރު: 75/25 ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގެ ދަށުން […] /މާލެ، މަރްޙޫމް ޙަސަން އާދަމްގެ ދަރަންޏެއް އޮތްކަމާމެދު ޝަރީޢަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން އެމަރްޙޫމްގެ ވާރިޘުންނަށް ބަސްބުނުމުގެ ފުރުޞަތު ޝަރީޢަތުން ތަނަވަސްކޮށްދޭންޖެހޭ ނެތީވެ، މަރްޙޫމް ޙަސަން އާދަމްގެ ވާރިޘުންގެ ތެރެއިން ފާޠިމަތު އާދަމް ނިޔައުވެފައިވާ ޙާލަތުގައި، ފާޠިމަތު އާދަމްގެ ޙައްޤުގައި ބަސް ބުނަން ތިބޭނީ ފާޠިމަތު އާދަމްގެ ވާރިޘުންކަމުގައިވާތީ، ފާޠިމަތު އާދަމްގެ ވާރިޘުން ސާބިތުކުރުމެއްނެތި، އެފަރާތްތަކަށް ބަސްބުނުމުގެ ފުރުޞަތު ނުލިބޭ ގޮތަށް މިމައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ."
15މިނިންމުމާއި ގުޅިގެން، ހދ.ކުޅުދުއްފުށީ ވައިލެޓްވިލާ ފާޠިމަތު އާދަމްގެ ވާރިޘުން ސާބިތު ކުރުމުގެ މައްސަލައެއް މުޙައްމަދު ސަލީމްގެ ފަރާތުން 19 މާރިޗު 2018 ގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ. ހދ.ކުޅުދުއްފުށި ވައިލެޓްވިލާ، ފާޠިމަތު އާދަމްގެ ވާރިޘުން ކަމުގައި މިޤަޟިއްޔާއިން ސާބިތުވެފައިވަނީ، ފާޠިމަތު އާދަމްގެ 02 (ދޭ އ) ފިރިހެން ދަރިން ކަމުގައިވާ ހދ.ކުޅުދުއްފުށި ވައިލެޓްވިލާ، މޫސާ ޢމުރ އާއު ހދ.ކުޅުދުއްފުށީ މަރްޔަމްމާގެ ޢަލީ ޔޫސުފް އާއި 01 (އެކެއް) އަންހެންދަރި، ހދ.ކުޅުދުއްފުށި ވައިލެޓްވިލާ މަރްޔަމް ޢުމަރު، އެކުޖުމްލަ 03 (ތިނެއް) ވާރިޘުންނެވެ. ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/2920 ޤަޟިއްޔާ:
16މިއީ، މުޙައްމަދު ސަލީމްގެ ފަރާތުން މިމައުޟޫއު ތިންވަނަ ފަހަރަށް ސިވިލް ކޯޓަށް ހުށަހެޅި ޤަޟިއްޔާއެވެ. މިފަހަރު މުޙައްމަދު ސަލީމް، ދަޢވާކޮށްފައިވަނު ބަޔާންވެދިޔަ ފައިސާއަކީ މަރްޙޫމް ޙަސަން އާދަމްގެ ތަރިކަ މުދަލުގެ މައްޗަށް އޮތް ދަރަންޏެއްކަމަށް ކަނޑައަޅައިދިނުމަށް އެދި މަރްޙޫމ ޙަސަން އާދމަ ގ ވާރިޘުން ކަމުގައިވާ ހާރޫން އާދަމް އާއި ފާޠިމަތު އާދަމްގެ ވާރިޘުން ކަމުގައިވާ މޫސާ ޢުމަރާއި މަރްޔަމް ޢުމަރާއް ޢަލީ ޔޫސުފުގެ މައްޗަށެވެ. ސިވިލް ކޯޓުން މިމައްސަލައިގައި ޙުކުމް ކޮށްފައިވަނީ މުޙައްމަދު ސަލމްގީ ފަރާތުން ހުށަހެޅި ދަޢވު ސާބިތުނުވާކަމަށެވެ. މުޙައްމަދު ސަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރީ މިނިންމުމެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:110/HMC/2018 ޤަޟިއްޔާ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:
17ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/2920 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، […] ޓްހައުސް އަލްމަރްހޫމ ޙަސަން އާދަމްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […] ޓްހައުސް އެވެ ކިޔުނު ގޯއްޗާއި އެގޯތީގައިވާ އެންމެހާ ޢިމާރާތްތައް […] މުޙައްމަދް ސަލީމް ގަތުމަށްޓަކައި އެގޯތީގެ އަގުގެ ގޮތުގައި […] މުޙައްމަދް ސަލީމްގެ ފަރާތުން […] އަލްމަރްހޫމ ޙަސަން އާދަމްއަށް -/5,000,000ރ. (ފަސްމިލިޔަން ރުފިޔާ) ދީފައިވާކަމަށް ބުނެފައިވާ ބުނުމަށް މަރްޙޫމް ޙަސަން އާދަމްގެ ވާރިޘުންގެ ފަރާތުން އިންކާރުކޮށް މިދަޢުވާ ސާބިތުކުރުމަށް ދައުވާކުރާ މުޙައްމަދު ސަލީމް ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށް ޝައްކު އުފައްދާފައިވާއިރު އެފައިސާ ޙަވާލުކުރިކަން ސާބިތުކޮށްދިނުމަށްޓަކައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ދެލިޔުމުގައި ހެކީންގެ ގޮތުގައި ސޮއިކޮށްފައިވާކަމަށްބުނާ ފަރާތްތަކުގެ ތެރެއިން ޝަރީޢަތުގެ މަޖިލީހަށް ޙާޞިރުވެ ހެކިބަސް ދީފައިވާ ފަރާތުން އެލިޔުންތަކަށ އިންކާރުކޮށް އެފައިސާ ދިންކަން ނޭނގޭކަމަށްބުނެ ހެކިބަސް ދީފައިވުމާއިއެކު އެފައިސާއާއި، ބަޔާންވެދިޔަ ގޯތީގެ ބިން އަމިއް ލަކުރުމަށްޓަކައި ބިމުގެ ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ 164,424/26ރ. (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ސައުވީސް ރުފިޔާ/ ސައްބީސް ލާރި) […] މުޙައްމަދް ސަލީމްގެ ފަރތުނާ […] އަލްމަރްޙމޫ ޙަސަން އާދަމްއާއި ޙަވާލުކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ދަޢުވާކުރާ މުޙައްމަދު ސަލީމަށް ދެއްކިފައިނުވާތީ މިދަޢުވާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަކީ […] އަލްމަރްހޫމް ޙަސަން އާދަމްގެ ތަރިކަ މުދަލުގެ މައްޗަށް އޮތް ދަރަންޏެއްކަމަށް ޝަރީޢަތުން ކަނޑައެޅެން ނެތްކަމށަ ޙުކުމްކޮށްފީމެވެ. " އިސްތިއުނާފީ ނުކުތާތައް:
18ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/2920 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި މުޙައްމަދު ސަލީމްގެ ފަރާތުން ތިރީގައިވާ ނުކުތތައާ ހުށަހަޅް އެނުކުތާތަކާ އާ ބެހޭގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
1.18. ފުރަތަމަ ނުކުތާއަކީ، ކުރިން ހުށަހެޅި (ވާރިޘުން ޢައްޔަންކުރުމަށްފަހު ހުށަހެޅުމަށްޓަކައި) ދައުވާފޯމު ބާޠިލްކޮށް ނިންމަވާފައިވާ (ސިވިލ ކޯޓުގް ނަންބަރު C/2016-Cv/1765 ޤަޟިއްޔާއާއި، ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/967 ޤަޟިއްޔާއާއި، ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/2770 ޤަޟިއްޔާއި ން ހުށަހެޅުނު) މައްސަލަތަކާ ގުޅިގެން މައްސަލަ ރައްދުވާ ފަރާތްތަކުން ހުށަހެޅި ދަޢުވާގެ ޖަވާބުތަކަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2.18. ދެވަނަ ނުކުތާއަކީ، ގަނެވިއްކުމުގެ މުޢާމަލަތަކީ […] / މާލެ ޙަސަން އާދަމް ނިޔާވުމުގެ ކުރިން، އަގު ދައްކައި ޚަލާސްކުރުމަށްފަހ ޝަރީޢަތު މެދުވެރިކޮށް ގަނެވިއްކުމުގެ މުޢާމަލާތް ފުރިހަމަކުރުމަށްޓަކައި ޙަސަން އާދަމްގެ ފަރާތުންވެސް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްކަމުގައިވާއިރު، އެކަމަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
3.18. ތިންވަނަ ނުކުތާއަކީ، ދަޢުވާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދުނު ފައިސާގެ ތެރެއިން ގޯތީގެ ބިން އަމިއްލަ ކުރުމަށްޓަކައި ބިމުގެ ޓެކްސްގެ ގޮތިގައި ސަރުކާރަށް ދައްކަންޖެހޭ 164,424/26ރ. (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ ސައުވީސް ރުފިޔާ ސައްބީސް ލާރި) އަލްމަރްހޫމ ޙަސަން އާދަމް އާއި ޙަވާލުކޮށްފައިވާކަން ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައެޅުއްވި ސަބަބު ނުވަތަ އެފަދައިން ކަނޑައަޅުއްވަން ޖެހުނު ސަބަބު އެނގެން ނެތްކަމަށްބުނެ ހުށަ ހެޅި ނުކުތާއެވެ.
4.18. ހަތަރުވަނަ ނުކުތާއަކީ، ބިން އަމިއްލަ ކުރުމަށްޓަކައި ބިމުގެ ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ 164,424/26ރ. (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ ސައުވީސް ރުފިޔާ ސައްބީސް ލާރި) އަކީ ދަޢުވާ ކުރާ ފަރާތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކާފައިވާ ފައިސާއެއްކަމާމެދ މައްސަލު ރައްދުވަ ފަރާތްތަކުންވެސް އިންކާރުކޮށް ވާހަކަ ދައްލާފައި ނުވާއިރުގައިވެސް، އެކަމަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
5.18. ފަސްވަނަ ނުކުތާއަކި، ދަޢުވާކުރާފަރާތުން، […] / ޙަސަން އާދަމްއަށް -/5,000,000ރ. (ފަސްމިލިއަން ރުފިޔާ) އަދާކުރިކަން ކިތާބީ ހެކިން ސާބިތުވާން އޮންނައިރު، އެކަން ނަފީކުރުމަށް ދައުވާރައްދުވި ފަރާތްތަކުން ހުށަހެޅި (އެލިޔުމުގައި ހެކިވެރިއެއްގެ ޙައިސިއްޔަތުން ސޮއިކޮށްފައިވާ) ޝަފަހި 01 (އެކެއް) ހެކީގެ ބަހަށް އެކަނި ބައްލަވައި ހަމައެކަނި އެނުކުތާގެ މައްޗަށް މުޅި މައްސަލަ ނިންމާފައިވާކަމަށބުނެ ހުށަހެޅި ނުކުތާއެވެ.
6.18. ހަވަނަ ނުކުތާއަކީ، ދަޢުވާރައްދުވި ފަރާތްތަކުން ހުށަހެޅި 01 (އެކެއް) ޝަފަހީ ހެއްކަކީ […] / މާލެ ޙަ ސަން އާދަމްގެ ފަރާތުން އެލިޔުމުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރި ފަރާތެއްކަމުގއިވާއިރު، އެލިޔުމުގައި […] / މަލެ ޙަސަން އާދަމްގެ އިތުރުން އެހެކިވެރިޔާވެސް އިނގިލީގެ ނިޝާން ޖަހާފައިވީހިނދު، އެފަރާތުން ދެފަހަރު ދެގޮތަށް ލިޔުމާމެދު ބުނުމުން، ލިޔުމުގެ ޞައްޙަކަން ކަށަވަރު ކުރުމަށް ފިންގަރޕްރިންޓް ކޮމްޕޭރިޒަނ ރިޕޯޓެއް ހަދައިދިނުމަށް އެދިފައިވީނަމަވެސް، ޢަދުލު އިންސާފު ޤާއިމްކުރުމަށްޓަކައި ފިންގަރޕްރިންޓް ކޮމްޕޭރިޒަނ ރިޕޯޓެއް ހެދެނ އޮތްނަމަވެސް އެކަން ޝަރީޢަތުން ކޮށްފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
7.18. ހަތްވަނަ ނުކުތާއަކީ، ދަޢުވާކުރާ ފަރާތުން ހުށަހެޅި 02 (ދޭއް) ޝަފަހީ ހެކިންގެ ބަހުންވެސް މުޢާމަލާތާ ގުޅިގެން ފައިސާ ދެއްކިކަން ޔަޤީންވާން އޮންނައިރު، އެފައިސާގެ އަދަދު ކިތާބީ ހެކިތަކުން ފެންނަން އޮތްނަމަވެސް އެކަންކަމުގެ މައްޗަށް ރިޢާޔަތްނުކުރައްވައި، ދައުވާކުރާ ފަރާތުގެ 02 ޝަފަހީ ހެކީންގެ ހެކިބަހުން ފައިސާގެ ޢަދަދު ސާފުނުވާ ތަންކޮޅަށަ އެކަން ބައްލަވައި މައްސަލި ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
8.18. އަށްވަނަ ނުކުތާއަކީ، ދަޢުވާކުރާ ފަރާތަކީ، […] / މާލެ ޙަސަން އާދަމްއަށް ނުފޫޒު ފޯރުވޭފަދަ މަޤާމެއްގައި ހުރި މީހެއްކަމަށާއި، އަދި […] / މާލެ ޙަސަން އާދަމް ހޮސްޕިޓަލުގައި ވަނިކޮށް ލިޔުމެއްގައި ސޮއިކޮށްފައިވާކަމަށް ދަޢުވާ ރައްދުވި ފަރާތްތަކުން ބުނެފައިވާއިރު 19 ޖޫން 2015 ގެ ތާރީޚުގައި، […] / މާލެ ޙަސަން އާދަމްއާއި، އެލިޔުމުގައި ހެކިވެރިންގެ ހައިސިއްޔަތުން ސޮއިކޮށްފައިވާ ފަރާތްތަކުންވެސް އެލިޔުމުގައި އިނގިލީގެ ނިޝާންވެސް ޖަހާފައިވާއިރު، އެތާރީޚަކީ […] / މާލެ ޙަސަން އާދަމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވެސް ނުވާ ތާރީޚެއް ކަމުގައިވާއިރު، ފިންގަރޕްރިންޓް ކޮމްޕޭރިޒަނ ރިޕޯޓެއް ހަދައިގެން މިލިޔުމުގެ ޞައްޙަކަން ކަށަވަރުވާން އޮތްއިރު، އެކަން ކުރުމެއްނެތި، އެލިޔުމުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ 01 (އެކެއް) ހެއްކަކު ދެފަހަރަކު ދެގޮތަށް ވާހަކަ ދެއްކުމުންވެސް އެފަރާތުގެ އިނގިލީގެ ނިޝާންވެސް ކަށަވަރުކުރެވެނ އޮތްނަމަވެސް އެކަންނުކޮށް، އެލިޔުމަށ ޝަރީޢަތުން ބުރަދަން ދީފައިނެތްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
9.18. ނުވަވަނަ ނުކުތާއަކީ، 29 ޖުލައި 2016 ގެ ތާރީޚުގައި […] / މާލެ ޙަސަން އާދަމް ސޮއިކޮށްފައިވާ ލިޔުމުގައި މަދަނީ ކޯޓުގެ ނަންބަރު 70MC/20/195 ޤަޟިއްޔާއިން […] / މާލެ ޙަސަން އާދަމްގެ މައްޗަށް ސާބިތުވި -/660,000ރ. (ހަލައްކަ ފަސްދޮޅަސްހާސް ރުފިޔާ) ގެ އިތުރުން ޤާނޫނީ ވަކީލުންނަށް ޙަސަން އާދަމްކުރި ޚަރަދު ދައުވާކުރާ ފަރާތުން ދީފައިވާކަމަށް އެލިޔުމުގައި ބަޔާންވެގެންވާއިރު، އެފައިސާއަކީ ދައުވާކުރާ ފަރާތުން ހޯދުމަށްއެދޭ -/5,000,000ރ. (ފަސްމިލިއަން ރުފިޔާ) ގެތެރޭގައި ހިމެނޭ ފައިސާއެއް ނޫންކަމުގައި ވީނަމަވެސް، އެފައިސާއަކީ މިބުނެވުނު ފައިސާގެ ބައެއްކަމުގައި މާނަކޮށް އަދި އެފައިސާ ދައުވާކުރާ ފަރާތުން […] / މާލެ ޙަސަން އާދަމްއަށް ދިންކަމަށް އެލިޔުމުގައި ބަޔާންވެ އޮތް އޮތުން އެއީ ދަޢުވާކުރާ ފަރާތުން އެފައިސާ ސވިލ ކޯޓަށް ނުވަތް މަދަނަ ކޯޓަށި ދައްކާފައިވާކަމަށް މާނަކޮށް، ސިވިލް ކޯޓުގެ ދަރނީގަ ފޮތުން އފައިސެ ދެއްކިކަން އެނގެން ނެތްކަމަށް ބަޔާންކޮށް، މިމުޢާމަލާތާ ނުގުޅޭ ފައިސާއެއް މުޢާމަލާތުގެ ތެރެއަށް ވައްދައި ފައިސާ ލިބިފައިނުވާކަމުގެ ހެއްކެއްގެ ގޮތުން، ސިވިލް ކޯޓުގެ ދަރަނީގެ ރެކޯޑު ފޮތުން އެފައިސާ ދެއްކިކަން އެނގެން ނެތްކަމުގައި ފާހަގަކުރިއިރު، މަދަނީ ކޯޓުގެ ނަންބަރު 195/MC/2007 ޤަޟިއްޔާއަށް ވެފައިވާ ގޮތެއްވެސް (ނުވަތަ ރަނގަޅު ދިރާސާއެއް ހައްދަވައި އެކަން) ޝަރީޢަތުން ބައްލަވައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
10.18. ދިހަވަނަ ނުކުތާއަކީ، […] / މާލެ ޙަސަން އާދަމަ ގެ އަޞްލު ވާރިޘުންގެ ގޮތުގައި ހިމެނެން ދެފެރާތެއް (އެއީ، […] / ހާރޫން އާދަމް އާއި، ހދ.ކުޅުދުއްފުށި، […] އަލްމަރްހޫމާ ފާޠިމަތު އާދަމް) ކަމުގައިވާއިރު، މިބުނެވުނު 2 ދެވާރިޘުންގެ ތެރެއިން […] / ހާރޫން އާދަމްގެ އުފަން އަންހެންދަރި ސަމީރާ (ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް ނޭނގޭ) ގެ އުފަން ފިރިހެން ދަރިފުޅު ޙުސައިން ޒާހިރު (ދާއިމީ އެޑްރެސް ނޭނގޭ) އާއި، އަނބި ޒުލައިޚާ (ފުރިހަމަ ނަމާއި އެޑްރެސް ނޭނގޭ ) އަކީ ސިވިލް ކޯޓުގައި ވަޒީފާ އަދާކުރަމުންދާ 2 މީހުންކަން ފާހަގަކޮށް، މިއީ ސީދާ އެފަރާތްތަކުގެ މަސްލަހަތު ފުށުއަރާ މައްސަލައެއްކަން ފާހަގަކުރަމުން ދިޔަނަމަވެސް، މިމައްސަލައާ ގުޅޭ އެންމެހާ ކަންކަމެއްގައި މައްސަލަ ބެއްލެވި ފަނޑިޔާރަށް ޤާނޫނީ ލަފާ އެރުވުމުގެ ޒިންމާއެއް ޒުލައިޚާ (ފުރިހަމަ ނަމާއި އެޑްރެސް ނޭނގޭ ) އާއި ޙަވާލުކޮށް ކުރިއަށް ގެންގޮސްފައިވުމާއި، އަދި ޢަދުލުވެރި އިންސާފުވެރި ނިންމުމެއްކަން ދަޢުވާކުރާ ފަރާތަށް ކަށަވަރުކޮށްދީ އެއިޙުސާސް ލިބިދިނުމުގެ ގޮތުންވެސް ސީދާ މަސްލަޙަތު ހިމެނޭ ފަރާތެއްކަމުގައިވާ ޒުލައިޚާ (ފުރިހަމަ ނަމާއި ދާއިމީއެޑްރެސް ނޭނގޭ) ގެ ދައުރު މައްސަލައިގެ ތެރެއިން އުނިކޮށްފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުގެ ވާހަކަ އަދި އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:
19މުޙައްމަދު ސަލީމްގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކުރަނީ، ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1765 ޤަޟިއްޔާއާއި، ނަންބަރު C/2017-Cv/967 ޤަޟިއްޔާ އަދި C/2017-Cv/2770 ޤަޟިއްޔާތަކުގައި ހިމެނުނު އެއްވެސް ބަޔާނެއްގެ މައްޗަށް ސިވިލް ކޯޓުން މިމައްސަލަ ނިންމެވިއިރު ބަލާފައިނުވާކަމަށެވެ. މިގޮތުން ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1765 ޤަޟިއްޔާއަކީ ޙަސަން އާދަމްގެ ފަރާތުން […] ގަނެވިއްކުމުގެ މުޢާމަލާތް ފުރިހަމަ ކުރުމަށް އެދި ހުށަހެޅި މައްސަލައެއްކަމަށެވެ. އަދި މިމައްސަލައިގެ ބަޔާންތަކުން މިމުޢާމަލާތުގެ އަގު އަދާކޮށް، ގޯތީގެ ބިން އަމިއްލަކޮށްފައިވާކަނ އެނގެން އޮންނާ ނެކަމަށެވެ. އަދި ޙަސަން އާދާމް ދުނިޔޭގައި ހުންނެވިއިރު މިއިން އެއްވެސް ކަމަކަށް އިންކާރުކޮށްފައި ނުވާކަމަށެވެ.
20[…] ޓްހައުސް ގަތުމަށްޓަކައި ބިން އަމިއްލަ ކުރުމުގެ ގޮތުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ މީރާއަށް ދައްކާފައިވާކަން މީރާގެ ފައިސާ ބަލައިގަތް ރަސީދުކޮޅުން އެނގޭނެކަމަށެވެ. އަދި މުޙައްމަދު ސަލީމުގެ ބޭންކް ސްޓޭޓްމަންޓްއަށް ބެލުމުންވެސް މިކަން އެނގޭނޭ ކަމަށެވެ. މިކަންކަމުން މިއީ ޙަޤީޤތުގައިވެސަ ހިނގާފައިވާ މުޢާމަލާތެއްކަން އެނގެން އޮތްއިރު، މިއިން އެއްވެސް ކަމަކަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ.
21މީގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތަކީ ޙަސަން އާދަމްގެ މައްޗަށް ނުރަނގޅަ ނުފޫޒެއް ފޯރުވޭފަދަ މަޤާމެއްގައި ހުރިމީހެއްކަމަށާއި، ޙަސަން އާދަމް ހޮސްޕިޓަލްގއި އޮވެ ސޮއިކޮށްފައިވާ "މ.ޖޫލިއަޓްހައުސް ގޯތި ވިއްކުމުގެ ފައިސާއާއި ޙަވާލުވިކަމުގެ ލިޔުން" ލިޔުމަކީ އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނިކޮށް ސޮއިކޮށްފައިވާ ލިޔުމެއްކަމަށް ބުނެފައިވާއިރު، އެލިޔުމުގައި ޙަސަން އާދަމް އަދި ހެކިވެރިން ސޮއކޮށި އިނގިލީގެ ނިޝާންޖަހާފައިވާ ތރީޚަކާ ޙަސަން އާދަމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވެސް ނުވާ ތާރީޚެއްކަމަށެވެ. އަދި މިލިޔުމުގައި ސޮއިކުރި ފަރާތް ހެކިބަސް އަދާކުރި އިރު ދެފަހަރު ދެގޮތަށް ބުނުމުން، މިލިޔުމުގެ ޞައްހަކަނ ކަށަވަރުކުރުމަށް ފިންގަރޕްރިންޓް ކޮމްޕޭރިޒަނ ރިޕޯޓެއް ހެދުމަށް އެދިފައިވީ ނަމަވެސް މިފަދަ ރިޕޯޓެއް ސިވިލް ކޯޓުން ހަދާފައިނުވާކަމަށެވެ.
22ސިވިލް ކޯޓު ނަންބަރު C/2018-Cv/2920 ޤަޟިއްޔާގައި މުޙައްމަދު ސަލީމްގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަކީ، މަރްހޫމް ޙަސަން އާދަމްގެ ތަރިކަ މުދަލުގެ މައްޗަށް އޮތް ދަރަންޏެއްކަމަށް ކަނޑައަޅައި، މިފައިސާއަކީ ޙަސަން އާދަމްގެ ވާރިޘުންގެ ކިބައިން މުޙައްމަދު ސަލީމްއަށް ލިބެންޖެހޭ ފައިސާއެއްކަމށަ ކަނޑައަޅައި، ސިވިލް ކޯޓުގެ ނިންމުން ބާޠިލްކޮށްދެއްވުމަށަވެ.
23މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ތެރެއިން، ހާރޫން އާދަމްގެ ވާރިޘުންގެ ތެރެއިން އޭނާގެ އަންހެން ދަރިފުޅު ސަމީރާ ހާރޫން އަދި ދޭނެ ތިބި މޫސާ ޢުމަރު، މަރްޔަމް ޢުމަރު އަދި ޢަލީ ޔޫސުފް މިފަރާތްތައް ތަމްސީލްކުރާ ފަރާތުން ބުނެފައިވަނީ މިމައްސަލައިގައި ހިމެނޭ މުޢާމަލާތް ކުރެވުނީ މުޙައްމަދު ސަލީމް އާއި ޙަސަން އާދަމްއާ ދެމެދުކަމަށެވެ. މިހާރު މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކކަ ޙަސަން އާދަމްގެ 3 ވަނަ ދަރަޖައިގެ ވާރިޘުންކަމަށެވެ. މިގޮތުން، ޙަސަން އާދަމްއަކ އިސްތިއުނާފީ ރައްދުވާ ފަރާތްތަކުގެ ބައްޕަ އަދި މަންމަގެ އެއްބަޑު އެއްބަފާ އަޚެއްކަމަށެވެ.
24މައިގަނޑު ގޮތެއްގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފާހަގަކުރަން ބޭނުންވަނީ މުޙައްމަދު ސަލީމްގެ ފަރާތުން ބުނެފައި ވަނީ ގޯތި ވިއްކުމަށްޓަކައި އެންމެ ފުރަތަމަ މައްސަލަ، ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކަމުގައިވާ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1765 ޤަޟިއްޔާ ހުށަހަޅާފައިވަނީ ޙަސަން އާދަމްކަމަށެވެ. ނަމަވެސް އެމައްސަލައިގައި ސިވިލް ކޯ ޓަށް މައްސަލަ ހުށަހެޅި ތާރީޚަށާއި، ފައިސާ ދެއްކި ތާރީޚަށާއި، ރަޖިސްޓްރީވި ތާރީޚަށް ބަލާއިރު، މި މައްސަލަ ހުށަހަޅާފައިވަނީ ޙަސަން އާދަމް ނިޔާވުމުގެ 2 ދުވަސް ކުރިންކަމަށެވެ. މައްސަލަ ރަޖިސްޓްރީކުރުމަށް ފައިސާ ދައްކާފައިވަނީ ޙަސަން އާދަމް ނިޔާވިފަހުންކަމަށެވެ. މިގޮތުން ޙަސަން އާދަމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ޙަސަން އާދަމްގެ ފަރާތުން މުޙައްމަދު ޝިމްޙާޒްއަށް ދީފައިވާ ޕަވަރ އެޓަރނީ ޙަސަން އާދަމް ނިޔާވުމުން ބޭނުން ނުކުރެވޭނެކަމަށެވެ. އަދި ޕަވަރ އޮފް އެޓަރނީ ދިން ފަރާތް ނޔާވެފައިވި ޙާލަތުގައި، އެޕަވަރ އޮފް އެޓަރނީ ބޭނުންކޮށްގެން އެމީހެއްގެ މުދަލުގެ މިލްކުވެރިކަން ސާބިތުކުރުމަށް ހުށަހެޅުމަކީ ޤަނޫނީގޮތުން ޤަބޫލުކުރެވޭނެ ކަމެއްނޫންކަމަށެވެ. އަދި މުޙައްމަދު ސަލީމްގެ ފަރާތުން ބުނާގޮތަށް […] ޓްހައުސް އެވެ ކިޔާ ގޯތީގެ ބިން އަމިއްލަ ކުރުމަށް ފައިސާ ދައްކާފައިވަނީ ޙަސަން އާދަމް އެދިގެން ރުހުން އޮވެގެންކަން ހުށަހެޅިފައިވާ އެއްވެސް ލިޔުމަކުން އެނގޭކަމަށް ނެތްކަމަށެވެ.
25މީގެ އިތުރުން މުޙައްމަދު ސަލީމްއަކީ ޙަސަން އާދަމްގެ މައްޗަށް ނުރަނގަޅު ނުފޫޒެއް ފޯރުވުމުގެ މަޤާމެއްގައި ހުރި މީހެއްކަމަށެވެ. މިގޮތުން، ޙސަނަ އާދަމްގެ ދިރިއުޅުމުގެ އެންމެހާ ކަމެއްގައި ބަރޯސާވަނީ މުޙައްމަދު ސަލީމްއަށްކަމަށެވެ. 44 އަހަރު ވަންދެން ބެލެހެއްޓުމުގެ އެންމެ އިސްފަރާތަކަށްހުރީ މުޙައްމަދު ސަލީމްކަމަށާއި، ޙަސަން އާދަމްގެ ބަލަދުވެރިއެއްގެ ގޮތުގައި ޙަސަން އާދަމްގެ މަރު ފޯމުގައި ލިސްޓްކޮށްފައިވަނީވެސް މުޙައްމަދު ސަލީމްކަމަށެވެ. މިގޮތުން މިމުޢާމަލާތް ފެށިކަމަށ ބުން އިރަށާއި، މިގޯތި ވަސިއްޔަތުނ ދީފައިވާކަމަށް ބުނާ ބުނުމަށް ބަލާއިރު، އެދުވަސްވަރު ޙަސަން އާދަމް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ހޮސްޕިޓަލގައު އެޑްމިޓްކޮށްފައިކަމަށެވެ. އޭނާގެ އުމުރަކީ އެރޭ 71 އަހަރުކަމަށާއި، ޙަސަން އާދަމްގެ ޞިއްޙީ ޙާލަތް ރަނގަޅު ނޫންކަން ޙަސަން އާދަމްގެ މެޑިކަލް ލިޔުންތަކަށް ބެލުމުން އެނގޭނެކަމަށާއި، އެހެންކަމުން މިކަންކަމުގެ މައްޗަށް ބަލާއިރު، މުޙައްމަދު ސަލީމް ހުރީ ޙަސަން އާދަމްގެ މައްޗަށް ނުރަނގަޅު ނުފޫޒެއް ފޯރުވޭފަދަ މަޤާމެއްކަމުގއަ ކަމެށެވެ.
26ހަމައެހެންމެ، މިމައްސަލައިގައި ފައިސާދިންކަމަށްބުނާ ލިޔުމުގައި ސޮއިކުރި އެކަކު ހެކިވެރިއެއްގެ ގޮތުގައި ކޯޓަށް ޙާޟިރުކުރިއިރު، އޭނާގެ ޙާޟިރުގައި އެފައިސާ ދީފައިނުވާކަމަށްބުނެފައިވާކަމަށާއި، ފައިސާ ދީފައިވަނީ ނަގުދު ފައިސާއިންކަމުގައިވާއިރު، އެފައިސާ ދިން މުޙައްމަދު ޝިމްހާޒ ބުނެފައިވަން އެފައިސާ އޭނާ ނުގުނާކަމަށާއި، އެހެންކަމުން މއ ޙަޤީޤަތުގައިވެސް ދިން ފައިސާކަން އެނގޭކަށް ނެތްކަމަށެވެ. އަދި މިމުޢާމަލާތްކޮށްފއިވަނީ ބިން ގަނެ ވިއްކުމުގެ ޢާންމު އުޞޫލާ ޚިލާފަށްކަމަށެވެ.
27އިސްތިއުނާފު ރައްދުވާ ހާރޫން އާދަމްގެ ވާރިޘުންގެ ތެރެއިން އޭނާގެ އަންހެނުން ފަރިޔާލް އަޙްމަދު ރިޟާ ތަމްސީލްކުރާފަރާތުން ބުނެފައިވަނީ، އޭނާއަކީ ޙަސަން އާދަމްގެ ބޭބެ ހާރޫން އާދަމްގެ އަންހެނުންކަމަށާއި، އޭނާއަށް މިމުޢާމަލާތުގެ އެއްވެސް ކަމެއް ނޭނގޭކަމަށެވެ. ޙަސަން އާދަމްގެ ތަރިކައިގެ މައްސަލަ ތެރޭގައި ޙަސަން އާދަމްގެ ދަރަންޏެއްކަމަށް ކަނޑައެޅިފައި ނެތިއްޔާ މިމައުޟޫޢުއަށ ވާހަކް ނުދެއްކޭނެ ކަމަށެވެ. ނަމަވެސް މިމައްސަލައިގެ ލިޔެކިޔުމަށް ބަލާއިރު، ގޯތި ގަނެ ވިއްކުމުގެ މުޢާމލާތަ ކޮށްފައިވަނީ އެއޮންނަ އުޞޫލުން ނޫންކަމަށެވެ. މިގޮތުން ބަންޑާރަ ގޯއްޗެއް އަމިއްލަ ކުރާނީ ކައުންސިލުން ކަނޑައަޅާ އަގެއް ދެއްކުމަށްފަހުކަމަށާއި، ގޯތި ގަނެވިއްކުމުގެ ކުރިން ބަންޑާރަ ގޯތީގެ ރަޖިސްޓްރީވެސް އަމިއްލަ ކުރަން ޖެހޭނެކަމަށާއި، މިމުޢާމަލާތ ފެއްޓުމުގެ ކުރިން އެކަހަލަ އެއްވެސް ކަމެއް ކޮށްފައިނުވާކަމަށެވެ. […] ޓްހައުސް އެވެ ކިޔުނު ގެއާއި ގުޅިގެން އެކި އެކި ނަންމަތީގައި އެކި މުޢާމަލާތް ކުރެވިފައިވާތީ މިއީ ސުވާލު އުފެދޭކަންކަން ކަމަށެވެ. މިގޮތުން ދިގު މުއްދަތަށް ކުއްޔަށް ދިނުމަށާއި، ވަސިއްޔަތުން ދިނުމަށާއި، ގޯތި ވިއްކުމުގެ މުޢާމަލާތް ކޮށްފައިވާކަމަށެވެ. އެއް ގޯއްޗަކަށް މިހާ ގިނަ މުޢާމަލާތެއް ކުރަންޖެހޭ ސަބަބެއާ އެނގެންޖެހޭކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދެނީ މިމައްސަލައިގެ ހިމެނޭ ފައިސާއަކީ ޙަސަން އާދަމްގެ ދަރަންޏެއްކަމުގައި ކަނޑައަޅަންކަމުގައި ވީއިރު، ފުރަތަމަ ކަމަކަ ށ ޙަސަން އާދަމްގެ ތަރިކައިގެ ތެރެއިން މިކަމާއިމެދު ގޮތެއް ނިންމަންޖެހޭނެކަމަށެވެ. އެހެންކަމުން ފަރިޔާލް އަޙްމަދު ރިޟާ ގެ ފަރާތުން އެދެނީ މިކަންކަން ސާފުކޮށް ގޮތެއް ނިންމައި، ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދުކުރުމަށްކަމަށެވެ. ފާހަގަކުރެވުނު ނުކުތާތައް:
28އިސްތިއުނާފު ކުރެވިފައިވާ މިޤަޟިއްޔާ އާއި ގުޅިގެން، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާތަކާއި އެނުކުތާތަކާއި ގުޅިގެން ދެއްކި ވާހަކަތަކާއި އަދި އިސްތިއުނާފު ރައްދުވާ ފަރާތްތަކނު ދެއްކި ވާހަކަތަކާއި ހުށަހެޅުނު ހެކިތަކުގެ މައްޗަށް ބަލާއިރު، އަންނަނިވިކަންކަން ފާހަގަ ކުރެވެއެވެ. ސިވިލް ކޯޓަށް ކުރިން ހުށަހެޅި މައްސަލަތައް:
29ޕްރިސިޑެންސް 1މުޙައްމަދު ސަލީމްގެ ފަރާތުން ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު:C/2016-Cv/1765 ޤަޟިއްޔާ އާއި ނަންބަރު:C/2017-Cv/967 ޤަޟިއްޔާއާއި ނަންބަރު:C/2017-Cv/2770 ޤަޟިއްޔާ އާއި ގުޅިގެން މިމައްސަލަ ރައްދުވާ ފަރާތްތަކުން ހުށަހެޅި ޖަވާބަށް ދަށު ކޯޓުން ރިޢާޔަތް ނުކުރާ ކަމަށެވެ. މިނުކުތާއަށް ބަލާއިރު، އިސްތިއުނާފާ ކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު:C/2018-Cv/2920 ޤަޟިއްޔާ ދަށު ކޯޓަށް ހުށަހެޅި ފޯމްގައި ބަޔާންވެދިޔަ ޤަޟިއްޔާތަކުގައި މައްސަލަ ރައްދުވާ ފަރާތްތަކުން ދެއްކި ވާހަކައަށް ރިޢާޔަތް ކުރަން އެދިފައެއް ނެތެވެ.
30މިނުކުތާގައި މައިގަނޑު ގޮތެއްގައި ބަޔާންކުރަނީ، އަދި އިސްތިއުނާ ފީ ދެވަނަ ނުކުތާގައިވެސް ބަޔާންކުރަނީ، ގަނެވިއްކުމުގެ މިމުޢާމަލާތަކީ، […] / މާލެ، ޙަސަން އާދަމް ނިޔާވުމުގެ ކުރިން، އަގު ދައްކައި ޚަލާޞްކުރުމަށްފަހ ޝަރީޢަތު މެދުވެރިކޮށް ގަނެވިއްކުމުގެ މުޢާމަލާތް ފުރިހަމަ ކުރުމަށްޓަކައި ޙަސަން އާދަމްގެ ފަރާތުންވެސް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއް ކަމުގައިވާއިރު، އެކަމަށް ރިޢާޔަތް ނުކުރާ ވާހަކައެވެ.
31ޕްރިސިޑެންސް 2ސިވިލް ކޯޓުގެ ނަންބަރު:C/2016-Cv/1765 ޤަޟިއްޔާ އެކޯޓަށް ހުށަހެޅީ […] ޙަސަން އާދަމެ ކަމާމެދު އޭނާގެ ވާރިޘުން ސުވާލު އުފައްދައެވެ. އެކަނ ސާބިތް ކުރުމށަ އިސްތިއުނާފު ރައްދުވާ ފަރާތްތަކނު ޙަވާލާދެނީ އައި.ޖީ.އެމް.އެޗް އިން ދޫކޮށްފައިވާ "ޑިސްޗާޖް ސަމަރީ" އަކަށެވެ.
32ސިވިލް ކޯޓުގެ ނަންބަރު:C/2016-Cv/1765 ޤަޟިއްޔާ ހުށަހެޅި ފޯމަކީ، 18 އޮގަސްޓް 2016 ގައި 11 10 އެކޯޓަށް ހުށަހެޅި ފޯމެކެވެ. ޙަސަން އާދަމް ނިޔާވެފައިވަނީ 20 އޮގަސްޓް 2016 ގައެވެ. މިމައްސަލަ ސިވިލް ކޯޓުގެ ޤަޟިއްޔާއެއްގެ ގޮތުގައި، ރަޖިސްޓްރީވެފައިވނަ 23 އޮގަސްޓް 2016 ގައެވެ. މައްސަލައިގައި ޙަސަން އާދަމްގެ ފަރާތުން ކޯޓަށް ޙާޟިރުވާނެ ކަމަށް ބަޔާން ކޮށްފައިވަނީ ބަދަލުގައި ޙާޟިރުވާ ހއ.އިހަވަންދޫ، […] މުޙައްމަދު ޝިމްހާޒް )( އެވެ. މުޙައްމަދު ޝިމްހާޒް ބަދަލުގައި ޙާޟިރުވަނީ 04 އޮގަސްޓް 2016 ގައި ޙަސަން އާދަމް އޭނާއަށް ދީފައި އޮތް "ޕަވަރ އޮފް އެޓާރނީ" އެއްގެ ދަށުން ކަމަށް ބުނެއެވެ. އަދި އެއީ ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ "ޕަވަރ އޮފް އެޓާރނީ" އެއް ކަމަށް ބުނެއެވެ. ބަޔާންވެދިޔަ އައި.ޖީ.އެމް.އެޗް ގެ ޑިސްޗާރޖް ސަމަރީއަށް ބަލާއިރު، 01 ޖުލައި 2016 އިން ފެށިގެން 05 އޮގަސްޓް 2016 އަށް ޙަސަން އާދަމް އޮތީ އެ ހޮސްޕިޓަލްގެ އެމް.ޑަބްލިޔު ވާރޑްގެ ރޫމް 18 ގައި އެޑްމިޓް ކޮށްފައެވެ. އެ ލިޔުމުގެ ހިސްޓްރީގ ގޮތުގައެ ލިޔެފައި އޮތީ؛ "This patient is a 72 years male, a k/c/o T2DM, HTN, CAD, CVA, presented with 1 month history of generalized weakness which had led him from being independently carrying out routine activities to bed ridden. He also complained of decreased output. He did not have any fever, chest pain, cough,vomiting or abdominal pain. His bowel and bladder habits were normal.” ސިވިލް ކޯޓަށް ބަލައިގަތް، "މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަ ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމް" (ބިމާއި ޢިމާރާތް ވިއްކުން) އެންޓްރީ ނަންބަރު:1864 (18 އޮގަސްޓް 2018.) ޑިޕާރޓްމަންޓ އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ނަންބަރު: 0031718 "މަރުސާބިތުކުރި ލިޔުން". މިފަދައިންނެވެ. އެހެންކަމުން، 04 އޮގަސްޓް 2016 ގައި ޙަސަން އާދަމް ދިން ކަމަށްބުނާ "ޕަ ވަރި އޮފް އެޓަރނީ" އަކީ ކިހިނެއް ދީގެން ކޯޓުގައި ރަޖިސްޓްރީ ކުރެވުނު "ޕަވަރ އޮފް އެޓާރނީ" އެއްކަން ސާބިތު ކޮށްދޭން ޖެހެއެވެ. ނަމަވެސް އެކަން ބަލާކަށް އެ "ޕަވަރ އޮފް އެޓާރނީ"ގެ އަޞްލެއް ނުވަތަ ކޮޕީއެއްވެސް ހުށަހަޅާފައެއް ނެތެވެ. މީގެއިތުރުން، "މ.ޖޫލިއަޓްހައުސް/ޙަސަން އާދަމް ކުރް ވަޞިއްޔަތް" މިސުރުޚީގައި އޮތް ލިޔުމެއް މުޙައްމަދު ސަލީމްގެ ފަރާތުން ހުށަހަޅާފައި އޮވެއެވެ. މި ލިޔުމުގައި ބަޔާންކޮށްފައި އޮވެއެވެ؛ " އަޅުގަނޑު ޙަސަން އާދަމް […] /މާލެ (އައިޑީ ނަމުގައި އަމިއްލަ ކުރެވިފައިވާ […] ގޯއްޗާއި، ގޯތީގައި ކޮށްފައިވާ އެންމެހާ ޢިމާރާތްތަކާއި ތަންތަން އަޅުގަޑުގެ ހަމަބުއްދި ސަލާމަތުންހުރެ އަޅުގަޑުވާނީ […] / މުޙައްމަދު ސަލީމްއަސް -/000،5000ރ (ފަހެއ މިލިއަން ރުފިޔާ) އަށް ވިއްކާފައެވެ. މި ވިޔަފާރީގެ މައްސަލަ އަޅުގަނޑުވާނ ޝަރުޢީ ކޯޓަށް ހުށަހަޅާފައެވެ. އެހެންކަމުން، މިވަޞިއްޔަތް ކުރަން މިޖެހުނީ އެމައްސަލަ ޝަރީޢަތުން ނިމުމުގެ ކުރިން އަޅުގަޑު ބަލިވެ އުޅެންޖެހުމާއި...." ވީމާ، ވަޞިއްޔަތެއްކަމަށ މުޙައްމަދް ސަލީމް ބުނާ މިލިޔުމުގައި، "މި ވިޔަފާރީގެ މައްސަލަ އަޅުގަނޑުވާނީ ޝަރުޢީ ކޯޓަށް ހުށަހަޅާފައެވެ." މިހެން ލިޔެފައި މިއޮތީ، 29 ޖުލައި 2016 ގައި ކަން އެލިޔުމުގެ ތާރީޚުން އެނގެއެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު:C/2016-Cv/1765 ޤަޟިއްޔާ ހުށަހެޅި ފޯމަކީ، 18 އޮގަސްޓް 2016 ގައި އެކޯޓަށް ހުށަހެޅި ފޯމެ އްކަން އެނގެން އޮތުމުން، ވަޞިއްޔަތެއްކަމަށް ބުނާ ލިޔުމުގައި އޮތް ވާހަކައަކާއި ސިވިލް ކޯޓަށް ޙަސަން އާދަމް ހުށަހެޅި ކަމަށްބު ނ ފޯމާ ހުށަހެޅް ތާރީޚަކާއި ދިމަލެއް ނުވެއެވެ. މިއިން އަންގައިދެނީ، މިއީ ޙަސަން އާދަމް ކުރިކަންތައްތަކެއް ކަމަށްވުރެ، ޙަސަން އާދަމްގެ ނަމުގައި ކޮންމެވެސް އެހެން މީހަކު ކުރި ކަންތައްތަކެއް ކަމަށް އޭނާގެ ވާރިޘުން ބުނާ ބަސް ގަދަކަމެވެ. ބިން ގަނެވިވިއްކުން:
33ޕްރިސިޑެންސް 3އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ބަޔާންކުރާ […] ޓްހައެސް ގަނެވިއްކުމުގެ މުޢާމަލާތް ކުރިކަމަށު ބުނަނީ، ޤާނޫނު ނަންބަރު:2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް ޢަމަލު ކުރަން ފށިފަހުންނެވެ. މިޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކުރަނީ؛ " ދިވެހިރާއްޖޭގައި ބިމާއި ގޯތި ދޫކޮށް ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ، މިޤާނޫނާ އެއްގޮތަށެވެ."
34ވީމާ ބަންޑާރަ ގޯއްޗެއްކަމަށްވިޔަސ ނުވަތް އަމިއްލަ ގޯއްޗެއްކަމަށްވިޔަސް، ވިއްކުމުގެ މޢާމަލާތެއު ކުރެވެންވާނީ، ބިމާބެހޭ ޤާނޫނާއި އެއްގޮތަށެވެ. ބިމާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަންޑާރަ ގޯތި ގަތުމާއް ގުޅޭ ގޮތުން ބަޔާން ކޮށްފައިވަނީ؛ " ބަންޑާރަ ގޯތި ދޫކުރެވިފައިވާ ފަރާތަށް، އެއްފަހަރާ އަގު ދެއްކުމަށްފަހު، ނުވަތަ އެކި ފަހަރުމަތިން ފައިސާ ދައްކައި އަގު އަދާކުރާ އުސޫލުން، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ ގޮތުގެމަތިން، އަގު ދައްކައި ނިންމުމަށްފަހު، އެ ގޯއްޗެއް ގަނެވިދާނެއެވެ. މިގޮތުން ގަނެވޭ ގޯތީގެ އަގު ކަނޑައަޅާނީ، މި ޤާނޫނުގޯ 18 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވާ ގޮތުގެ މަތިންނެވެ." މިފަދައިންނެވެ. ޤާނޫނު ނަންބަރު: 2002/1 (ބިމާބެހޭ ޤާނޫނު)ގެ 22 ވަނަ މާއްދާ އާއި 24 ވަނަ މާއްދާ ތިރީގައި ނަކަލު ކޮށްފައި އެވަނީއެވެ. އަމިއްލަ ގޯތީގެ މައްޗަށް މި 22- މި ޤާނޫނަށް ޢަމަލު ކުރަން ފެށުމުގެ ކުރިން، ދިވެހިރާއްޖޭގައި ހުރި އަމިއްލަ ބިންބިމާއި ގޯތިގޯތީގެ މައްޗަށާއި، މި ޤާނޫނުގެ ދަށުން ގަނެ އަމިއްލަކުރާ ޤާނޫނު ހިނގުން ބަންޑަރަ ގޯތިގޯތީގެ މައްޗަށްވެސް، މިޤާނޫނު ހިނގާނެއެވެ. އަމިއްލަ ބިމާއި ގޯތި 24- މި ޤާނޫނު ފާސްވުމުގެ ކުރިން ހުރި އަމިއްލަ ބިންބިމާއި، ގޯތިގޯއްޗާއި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، އަމިއްލަކުރާ ބިންބިމާއި ގޯތިގޯތި ވިއްކުން ވިއްކަންވާނީ، ނުވަތަ ހިބަޔަކުން، ނުވަތަ ވަޞިއްޔަތުން، ނުވަތަ އެނޫންވެސް ގޮތަކުން ދެނީނަމަ، ދޭންވާނީ، މި ޤާނޫނުގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަ ތިން، އަދި އެމާއްދާގައި ބުނެފައިވާ ޝަރްޠުތަކުގެ މަތިންނެވެ.
35ބަންޑާރަ ގޯއްޗެއް އަމިއްލަ ކުރަން ބޭނުންވާ މީހާ ފުރަތަމަ ކުރަން ޖެހޭ ކަމަކީ، އެގޯތަ ދައުލަތުން ގަތުމެވެ. އެކަމަށްޓަކައި، ގަނެވޭ ގޯތީގެ އަގު ކަނޑައަޅަން ޖެހެއެވެ. އަގު ކަނޑައަޅާނެ ގޮތް ބަޔާން ކޮށްފައިވަނީ، ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައެވެ. ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރަނީ؛ " ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއް، އެ ގޯއްޗެއް ދޫކޮށްފައިވާ ފަރާތަކުން މި ޤާނޫނުގެ 16 ވަނަ މާއްދާ ގައިވާ ގޮތުގެމަތިން އެ ގޯއްޗެއްގެ ބިން ގަތުމަށްފަހު، އެހެން ފަރާތަކަށް ވިއްކަންވާނީ، މި ޤާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ޢާންމުކޮށް ޝާއިޢުކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅޭ އަގަކަށް، ތިރީގައި ބުނެފައިވާ ގޮތުގެ މަތިންނެވެ." މިފަދައިންނެވެ.
36ބިމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދުތަކުގެ ތެރެއިން، ގޯތީގެ އަގު ކަނޑައެޅުމާއި ބެހޭ ގޮތުން ބަޔާން ކޮށްފައިވަނީ، "ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ގަވާއިދު 2008" ގައެވެ. އެ ޤަވާޢދި ގ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވަނީ؛ " ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަ ކުރުމަށްޓަކައި، އެ ގޯތީގެ ރަޖިސްޓަރީ ކުރެވިފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އަގު ކަނޑައަޅާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރގައި ޤާއިމުކުރެވިފައިވާ ސަރުކާރުގެ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ މައްޗަށް އެކުލެވިފައިވާ ކޮމެޓީއެއްގެ މަޝްވަރާއާއެކު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުންނެވެ." މިފަދައިންނެވެ. ޤާނޫނު ނަންބަރު: 2015/39 (ޤާނޫނު ނަންބަރު:2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 1 ވަނަ މާއްދާ. "ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ގަވާއިދު 2008" ގެ 10 ވަނަ މާއްދާގެ (ހ) އަށް ގެނެވުނު 1 ވަނަ އިޞްލާޙް (3 ފެބުރުއަރީ 2016). މިޤަވާއިދުގެ 10 ވަނަ މާއްދާގެ (ހ) އަށް 15 އޮގަސްޓް 2017 ގައި 2 ވަނަ އިޞްލާޙު ގެނެވިފައިވެއެވެ. ނަމަވެސް އިސްތިއުނާފް ކުރެވިފައިވާ ޤަޟިއްޔާގައި ބަޔާން ކުރާ މުޢާމަލާތަކު 2017 ގެ ކުރީގެ 2016 ވަނަ އަހަރުގެ މުޢާމަލާތެއްކަމަށްވާތީ، ބަލަންޖެހެނީ 2016 ވަނަ އަހަރު އެމުޢާމަލާތް ހިނގިކަމަށް ބުނާއިރު އޮތް ޤަވާއިދަށެވެ .
37ގަންނަންބޭނުންވާ ގޯތި އަމިއްލަ ކުރުމަށްޓަކައި އަގު ކަނޑައެޅޭނީ، ޤަވާއިދު ބުނާގޮތުން، މިނިސްޓްރީންނެވެ. އިސްތިއުނާފު ކުރެވި ފައިވާ މައްސަލައިގައި، […] އަމިއްލަ ކުރުމަށް ފައިސާ ދެއްކި ކަމަށްބުނެ ހުށަހަޅަނީ މޯލްޑވްސި އިންލޭންޑް ރެވެނިއު އޮތޯރޓި (މީރާ) ގެ ފައިސާގެ ރަސީދެކެވެ. މިރަސީދުގައި ޓެކްސް ދައްކާ ފަރާތުގެ ގޮތުގައި ލިޔެފައި އޮތީ، ޙަސަން އާދަމް އެވެ. ތަފްޞީލުގައި ލިޔެފައި އޮތީ "ސަރުކާރުގެ ބިން ވިއްކައިގެންލިބޭ އޮފް 138_އައިބީއެސ1 /2016/1118، ޑިއު ފުރޮމް:24/07/2016 ޓު:31/0...(ދެން އޮތް ބައި ޕްރިންޓްވެފައި ނެތުމުން ސާފެއްނުވެއެވެ.)" މިހެންނެވެ. ލިބުނު ކަމަށް ބަޔާންކުރާ ޖުމްލަ ފައިސާ އަކީ، 164،424.26ރ (ސަތޭކަފަސްދޅަސްހަތަރުހާސް ހަތަރުސަތޭކަ ސައޮވީސްރުފިޔާ ސައްބީސްލާރި) އެވެ. މިރަސީދާއ ގުޅިގެނި މިކޯޓުން ސާފުކުރި މަޢލޫމު ތުން އެނގުނު ގޮތުގައި، […] އަމިއްލަ ކުރުމަށް ބިމުގެ އަގު ކަނޑައެޅިފައިވަނީ، އެގޯތި އަމިއްލަ ކުރުމަށް ހުށަހެޅި ފޯމެއްގެ މައްޗަށް ބިނާކޮށެވެ. […] އަމިއްލަ ކުރުމަށް ކަނޑައެޅުނު އަގު މޯލްޑިސ އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ބަލައިގަނެފައިވަނީ އެފައިސާ ބަލައިގަތުމަށް އެދި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓރަކްޗަރގް ނަންބަރު 1121/LBS/2016-138 (24 ޖުލއަ 2016) ސިޓީން އެދުމުންކަމަށް މީރާއިން ބުނެފައިވެއެވެ. އަދި މިފައިސާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސް ޑެބިޓ ކާޑް މެދުވެރިކޮށް ކަމަށް ބުނެފައިވެއެވެ.
38ކަންމިހެން އޮތްކަމުގައިވީނަމަވެ ސ، މުޙައްމަދު ސަލީމް […] ގަތުމަށްޓަކައި މީރާއަށް ފައިސާ ދައްކާފައިވަނީ ޙަސަން އާދަމް ބުނެގެން އޭނާގެ އެދުމުގެ މަތިންކަން އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. ފައިސާގެ ރަސީދު ނަންބަރު:16/3530 (25 ޖުލައި 2016.) F2-A-S1 (އެންޓްރީ ނަންބަރު 2192/2016) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ބިން އަމިއްލަކުރުމަށް އެދޭ ފޯމު. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ނަންބަރު CLS/95/2021/27-220 (30 ޑސެންބަރި 2021)
39[…] ޓްހައުސ އަމިއްލަކުރުމަށް އެދް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރއަށް ޙަސަން އާދަމުގެ ނަމުގައި ފޯމެއް ހުށަހަޅާފައިވަނީ 17 ޖުލައި 2016 ގައިކަން އެމިނިސްޓްރީން ދީފައިވާ މަޢުލޫމާތުން އެނގެއެވެ. […] ޓްހައުސް އެވެ ކިޔުނު ބަންޑާރަ ގޯތި އަމިއްލަކުރުމަށް އެދި ޙަސަން އާދަމް މިނިސްޓްރީއަށް ހުށަހަޅާފައި މިވަނީ ޙަސަން އާދަމް އައި.ޖީ.އެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނިކޮށްކަން، އައި.ޖީ.އެމް ހޮސްޕިޓަލްއިން ދޫކޮށްފައިވާ ޑިސްޗާރޖް ސަމަރީއަށ ބެލުމުން އެނގެއެވެ. މިޑިސްޗާރޖް ސަމަރީގައި އޮތް ގޮތުން، ޙަސަން އާދަމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ 01 ޖުލައި 2016 ގައި އެވެ. އޭނާ ހޮސްޕިޓަލުން ޑިސްޗަރޖް ކށްފައިވަނޮ 05 އޮގަސްޓް 2016 ގައެވެ.
40[…] އެވެ ކިޔާ ގޯތި ވިއްކުމަށް އެދި ޙަސަން އާދަމުގެ ފަރާތުނަ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ 18 އޮގަސްޓް 2016 ގައެވެ. ކޯޓަށް މައްސަލަ ހުށަހެޅިކަމަށް ފެންނާން އޮތް ތާރީޚުން ފެށިގެން ދެތިނ ދުވަސް ނުވަނސީ ޙަސަން އާދަމް ނިޔާވެއްޖެއެވެ. ވީމާ، […] ވިއްކުމުގެ މިހުރިހާ މުޢާމަލާތެއް ހިންގާފައިވާ ގޮތައިމެދ ޙަސަނު އާދަމްގެ ވާރިޘުން އުފައްދާ ސުވާލު، އެކަން ކުރީ ޙަސަން އާދަމްތޯ މިއީ ޖާއިޒު ސުވާލެއްކަމަށް ބުރަވެއެވެ. ސަބަބަކީ ހުށަހެޅިފައިވާ ލިޔުންތަކުންނާއި މައްސަލައިގައި ދައްކާފައިވާ ވާހަކަތަކުން […] ވިއްކުމުގެ ހުރިހާ މުޢާމަލާތެއް ކޮށްފައިމިވަނީ ޙަސަން އާދަމް ބަލިއެދުގައ އޮތި އިރުކަން އެނގޭތީއެވެ. ޙަސަން އާދަމްއަކީ ޢުމުރުން ދުވަސްވެ މުސްކުޅވެ، ބަލިޙާލަތު ހުރި ގޮތުން އެކަނި ޙާލަށް ނޫޅެވޭ ވަރު މީހެކެވެ. މިކަންކަން މިހެން ހުރުމުން […] ކިޔުނު ބަނޑާރް ގޯތި އަމިއްލަކޮށް ވިއްކުމަށްޓަކައި ހިންގާފައިވާ މުޢާމަލާތުކަމަށ ބުން މުޢާމަލާތަކީ ހަމަ ޙަޤީޤަތުގައިވެސް ޙަސަން އާދަމު ކޮށްފައިވާ މުޢާމަލާތެއްކަމަށް ބުރަވެވޭނެ ހަމައެއް ނެތެވެ. F2-A-S1 (އެންޓްރީ ނަންބަރު 2192/2016) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ބިން އަމިއްލަކުރުމަށް އެދޭ ފޯމު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޑިސްޗާރޖް ސަމަރީ ޑިޕާރޓްމަންޓ އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ނަންބަރު 0031718 މަރު ސާބިތުކުރި ލިޔުން
41ޕްރިސިޑެންސް 4މީގެ އިތުރުން، "ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ގަވާއިދު 2008" ގެ 9 ވަނަ މާއްދއަށާ (ރ) އިތުރުކޮށް އެއަކުރުގައި ބަޔާން ކޮށްފައިވަނީ؛ " ގޯތި އަމިއްލަ ކުރުމަށް ދައްކަންޖެހޭ ފައިސާ ދައްކަނީ ގަންނަ ފަރާތުން ކަމުގައިވާނަމަ، މި މުޢާމަލާތުގެ ހުރިހާ ކަމެއް ޝަރީޢަތުގެ ތެރެއިން ހިންގުން، އަދި އަމިއްލަ ކުރުމަށް ފައިސާ ދެއްކުމަށްފަހު ގޯތި ގަންނަ ފަރާތުގެ ރުހުންނެތި ގޯތީގެ އެއްވެސް މުޢާމަލާތެއް ނުކުރެވޭނެއެވެ". މިފަދައިންނެވެ. ވީމާ، […] ގަތުމަށްޓަކައި އެގޯތި އަމިއްލަކުރުމަށް ދައްކަންޖެހޭ ފައިސާ ދެއްކީ މުޙައްމަދު ސަލީމް ކަމަށްވާނަމަ، މި މުޢާމަލާތުގެ ހުރިހާ ކަމެއް ޝަރީޢަތުގެ ތެރެއިން ހިންގަންޖެހޭ ގޮތަށް އޮތްކަން އެނގެއެވެ. ނަމަވެސް މުޙައްމަދު ސަލީމް، ހިންގިކަމަށް ބުނާ މިމުޢާމަލާތަކީ، ޝަރީޢަތް މެދުވެރިކޮށް ހިންގި މުޢާމަލާތެއްކަން ސާބިތުކުރެވޭ އެއްވެސް ލިޔުމެއް ދަށު ކޯޓަށްވެސް އަދި މިކޯޓަށވެސް ހުށަހަޅާފައެއް ނެތެވެ.
42އެ ހެންކަމުން، […] އެވެ ކިޔާ ބަންޑާރަގޯތީގެ ބިން އަމިއްލަ ކުރުމަށް ފައިސާ ދެއްކީ މުޙައްމަދެ ސަލީމް ކަމަށްބުނެ، އެކަން ސާބިތުކުރަން ހުށަހަޅާ ކިތާބީ ހެކިތަކަކީ، އެކަން ސާބިތުކޮށްދޭ ހެކިތަކެއް ނޫނެވެ. އަދި އެއީ ޝަރީޢަތުން ބޭރުގައި ކޮށްފައިވާ މުޢާމަލާތަކަށްވާތީ، ޤާނޫނީގޮތުން އެމައްޗަށް އެއްވެސް ބުރަދަނެއެ ދިވެ ނ އޮތް މުޢާމަލާތެއްކަމަށް ނުވެއެވެ. މުޙައްމަދު ސަލީމަށްވެސ މިކަން އޮތް މިހެންކަން އެނގޭމެއެވެ. އެހެނީ، ދަށު ކޯޓަށް މުޙައްމަދު ސަލީމް ހުށަހެޅި ފުރަތަމަ ބަޔާނުގެ 2.2 ގައި ބަޔާން ކޮށްފައި ވެއަ ވެ؛ " ޢިއްޒަތްތެރި ޤާޟީއެވެ. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު، ޤާނޫނު ނަންބަރު 2001/1 ގެ ދަށުން، ހެދިފައިވާ "ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާބެހޭ ޤަވާއިދު" ގެ 9 ވަނަ މާއްދާގެ މިޤަވާއިދުގެ 9 ވަނަ މާއްދާއަށް މި އަކުރު އިތުރުކޮށްފައިވަނީ (3 ފެބުރުއަރީ 2016) ގައެވެ. ޤާނޫނު ނަންބަރު ލިޔެފައިވަނީ 2001/1 ކަމަށެވެ. ނަމަވެސް ރަނގަޅު ގޮތަކީ 2002/1 އެވެ. ހަވާލާދެނީ ބިމާބެހޭ ޤާނޫނަށްކަމަށްވާތީ، އިތުރު އޮޅުމެއް އޮތްކަމަށް ނުދެކެމެވެ.
(ހ) ގައި ބުނެފައިވަނީ "ވިއްކުމުގެ މުޢާމަލާތް ޝަރީޢަތް މެދުވެރިކޮށް ހިންގުން" މިފަދައިންނެވެ. އެހެންކަމުން، މިފަދަ މުޢާމަލާތެއް ޝަރީޢަތުން ބޭރުގައި ކޮށްފައިވާނަމަ، އެއީ ޤާނޫނީ ނަޒަރަކުން ބަލާއިރު، ބާޠިލު މުޢާމަލާތެކެވެ. ނުވަތަ ފުރިހަމަ ނުވާ މުޢާމަލާތެކެވެ. އެހެންކަމުން، މިއީ އެފަރާތުން އެބުނާ ނުފޫޒުގެ ނުވަތަ ބިރުދެއްކުމުގެ ވާހަކަ ދެއްކުމުގެ މަހައްލެއ ނުވަތް ޖާގައެއް އޮތް ދަޢުވާއެއް ނޫނެވެ." މުޙައްމަދު ސަލީމް ބުނާގޮތުން، ޖޫލިއެޓްހައުސްއެވެ ކިޔާ ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް ފައިސާ ދެއްކީ، މުޙައްމަދު ސަލީމުއެވެ. ނަމަވެސް ބިން އަމިއްލަ ކުރުމަށް ފައިސާ ދެއްކީ ކޯޓަކުން ނުވަތަ ދައުލަތުގެ ކޮން އިދާރާއަކުން އަގު ކަނޑައަޅައިގެން ފައިސާ ދައްކަން އެންގި އެއްގުމެއްގެ ދަށުންކަން މުޙައްމަދު ސަލީމަކަށް ސާބިތެއް ނުކޮށްދެވެއެވެ. އަދި އެގޯތި ގަތުމަށް ދެއްކި، -/000،000،5ރ (ފަސްމިލިއަން ރުފިޔާ)ގެ ނަގުދު ފައިސާ ދެއްކީ ހެކިން ބައިތިއްބައިގެން ގޭގައިކަމަށް ބުނެއެވެ. ފައިސާ ދިނީ އަތުންއަތަށްކަމަށް ބުނެއެވެ.
43ވީމާ، މިފަދަ މުޢާމަލާތެއް ޝަރީޢަތުން ބޭރުގައި ކޮށްފައިވާނަމަ، އެއީ ޤާނޫނީ ނަޒަރަކުން ބަލާއިރު، ބާޠިލު މުޢާމަލތަކަށާ ވާނެކަމަށް މުޙައްމަދް ސަލީމް މިބުނަނީ، […] ވިއްކުމުގެ މިމުޢާމަލާތުގެ ކޮންބައެއް ޝަރީޢަތް މެދުވެރިކޮށް ކުރެވިފައި އޮވެގެންކަން މުޙައްމަދު ސަލީމް ބަޔާން ކޮށްދޭންޖެހެއެވެ؟ "މިމުޢާމަލާތުގެ ހުރިހާ ކަމެއް ޝަރީޢަތުގެ ތެރެއިން ހިންގާ"ން ޖެހޭގޮތަށް އޮތްކަން، މުޙައްމަދު ސަލީމް ހަވާލާދިން ގަވާއިދުގެ 9 ވަނަ މާއްދާގެ (ރ) ގައި ލިޔެފައި ވާއިރު، މިމުޢާމަލާތުގެ އެއްވެސް ބައެއް ޝަރީޢަތް މެދުވެރިކޮށް ކޮށްފައިވާ ތަނެއް ފެންނާނަކަށް ނެތެވެ.
44ޝަރީޢަތް މެދުވެރިކޮށް ކުރަންޖެހޭ މުޢާމަލާތެއްގައި، ކުރަންހުރި ހުރިހާ މުޢާމަލާތެއް، ޝަރީޢަތުން ބޭރުގައެ ކޮށްފިކަމަށްބުނ ކޯޓަށެ ހުށަހަޅް މައްސަލަތަކަކީ، ޝަރީޢަތް މެދުވެރިކޮށް އެމުޢާމަލާތް ކުރީކަމަށް ބެލެވޭނެ މައްސަލަތަކެއް ނޫނެވެ. އކަނެވާނީ ޝަރީޢަތް މެދުވެރިކޮށް ކުރަންޖެހޭ މުޢާމަލާތްތަކެއް ޝަރީޢަތުން ބޭރުގައި ކުރުމަށްފަހު، އެކަން ތަޞްދީޤު ކުރަން ކޯޓަށް ހުށހަޅަ މައްސަލާ އަކަށެވެ. އެއީ ބިން ވއްކުމުގި މުޢާމަލާތްތަކުގައި ބިމާބެހޭ ޤާނޫނު ބަޔާންކުރާ އިޖުރާއަތެއް ނޫނެވެ.
45ޕްރިސިޑެންސް 5މީރާއަށް ފައިސާ ދެއްކީ މުޙައްމަދު ސަލީމް ކަމަށް ބަޔާންކޮށް، އެކަމަށް ޙަސަން އާދަމްގެ ވާރިޘުން އިންކާރު ނުކުރާތީ، އެއީ މުޙައްމަދު ސަލީމް ދެއްކި ފައިސާއެއްކަމަށް ސާބިތުވާކަމަށް މުޙައްމަދު ސަލީމް ދައްކާފައިވާ ވާހަކަތަކުން ދޭހަވާން އޮވެއެވެ. ނަމަވެސް އެކަން އޮތީ އެހެނެއް ނޫނެވެ. މިދަޢުވާއަށް ޖުމްލަކޮށް ޙަސަން އާދަމްގެ ވާރިޘުން އިންކާރު ކުރެއެވެ. އެކަން މުޙައްމަދު ސަލީމް ދަށު ކޯޓުގައި ހުށަހެޅި ފުރަތަމަ ބަޔާނުގައި މުޙައްމަދު ސަލީމްގެ ބަހުން ބަޔާން ކޮށްފައިވަނީ، "ޖަވާބު ހުށަހަޅާ ފޯމުގެ 6 ވަނަ ނަންބަރުގައި ބުނެފައިވަނީ، ދަޢުވާލިބޭ ފަރާތުން، ދަޢުވާގެ މުޅު މުޠުލަޤަށާއ އަދި ދަޢުވާގެ ސީޣާއަށް އިންކާރު ކުރާކަމަށެވެ." ވީމާ، އިސްތިއުނާފީ މިމަޖިލީހުގައި މީރާއަށް ފައިސާދެއްކީ މުޙައމަދް ސަލީމްކަމާމެދު އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އިންކާރު ނުކުރާ ކަމަށް މުޙައްމަދު ސަލީމް ބުނަނީ ކީއްވެގެންކަމެއް ނޭނގެއެވެ. ބިން ގަތުމަށް -/5,000,000ރ. (ފަސްމިލިޔަން ރުފިޔާ) ދެއްކިކަން ސާބިތުކުރުން:
46މުޙައްމަދު ސަލީމްގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި ހުށަހެޅި، 5 ވަނަ ނުކުތާއާއި 6 ވަނަ ނުކުތާއާއި 7 ވަނަ ނުކުތާގައި ބަޔާންކުރާ ވާހަކަތަކަކީ، ބަޔާންވެދިޔަ -/5،000،000ރ (ފަސްމިލިޔަން ރުފިޔާ) ދެއްކިކަން ސާބިތު ކުރުމަށް ހުށަހެޅި ލިޔުމާއި އަދި ޝަފަހީ ހެކިން އެކަމާބެހޭ ގޮތުން ދިން ހެކިބަހާއި ގުޅުވައިގެން ދެއްކި ވާހަކަ ތަކެކެވެ. 14 އޮކްޓބަރޯ 2018 ގައި މުޙައްމަދު ސަލީމް ހުށަހެޅި ފުރަތަމަ ބަޔާނުގެ 1 ވަނަ ނަންބަރު.
47މުޙައްމަދު ސަލީމް ބުނަނީ، […] އެވެ ކިޔާ ގޯއްޗާއި އެގޯތީގައިވާ އެއްމެހައި ޢިމާރާތްތައް -/5,000,000ރ. (ފަސްމިލިއަން ރުފިޔާ) ގެ އަގަކަށް މުޙައްމަދު ސަލީމގަނެ، ނަގުދް ފައިސާއިން ގުނައި، ޙަސަން އާދަމަށް އަދާކޮށްފައިވާނެ ކަމަށެވެ. އެކަން ސާބިތު ކުރުމަށް ހުށަހަޅަނީ، "މ.ޖޫލިއަޓްހައުސް ގޯތި ވިއްކުމުގެ ފައިސާއާއި ޙަވާލުވިކަމުގެ ލިއުން" މިސުރުޚގައ އޮތި ލިޔުމެކެވެ. މިލިޔުމުގައީ ލިޔެފައި އޮތީ؛ "އަޅުގަޑ ޙަސަނު އާދަމް .ޖޫލިއަޓްހައުސް / މާލެ (އައި.ޑީ.ކާރޑް ނަންބަރު ) ގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ 1069.69 އަކަފޫޓް ގޯތި […] (ރަޖިސް ޓްރީ ނަންބަރު ބ.12739) ގޯއްޗާއި، ގޯތީގައިކޮށްފައިވާ ޢިމާރާތްތަކާއި، ތަންތަން އަޅުގަނޑ […] މުޙައްމަދު ސަލީމްއަށް ވިއްކާފައިވާ 000،000،5ރ. (ފަހެއ މިލިއަން ރުފިޔާ) ވަނީ އަޅުގަނޑު ޙަސަން އާދަމްއަށް ތިރީގައިވާ ދެހެކިން ކަމަށްވާ ރ.އަލިފުށީ / ދޯލނބުގަ ޔޫސުފް ނަޢީމް އާ، ސ.މީދޫ / އީރާސްމެކްގެ އަޙްމަދު ދީދީގެ ޙާޟިރުގައި މުޙައްމަދު ސަލީމް އަތުން އަޅުގަނޑަށް ލިބިފައެވެ." މިފަދައިންނެވެ. މިލިޔުމުގައި އޮތް ތާރީޚަކީ 19 ޖޫން 2015 އެވެ. މިލިޔުމުނ ފެންނަން އޮތީ، ޙަސަން އާދަމްގެ ނަމުގެ މަތީގައި އޮތް އިނގިލީގެ ނިޝާނެކެވެ. އޭނާގެ ސޮއި އޮތްތަނެއް ނުފެނެއެވެ. ހެކިންގެ ގޮތުގައެ ބަޔާން ކުރި ދެމީހުންގެ ނަން ދިމާވާ ގޮތަށް ސޮއިކޮށް އނި ގިލީގެ ނިޝާން ޖަހާފައި އޮވެއެވެ.
48މިޤަޟިއްޔާއާއިއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި، 07 އޭޕްރީލް 2015 ގައި ޙަސަން އާދަމް އާއި މުޙައްމަދު ސަލީމްއާ ދެމީހުން ސޮއިކޮށް، އިނގިލީގެ ނިޝާންޖަހައި، ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައވި އެއްބަސްވުމެއް ހުށަހަޅާފައި އޮވެއެވެ. އެއީ "މ.ޖޫލިއަޓްހައުސް އެވެކިޔާ ގއޯޗާއ އެގޯތީގައި އިމާރާތް ކޮށްފައިވާ އެންމެހައި ޢިމާރާތްތައް ކުއްޔަށް ދިނުމާބެހޭ އެއްބަސްވުން" މިސުރުޚީގައ އޮތި ލިޔުމެކެވެ. މިލިޔުމަށް ބަލާއިރު، މިއީ 20 ފެބުރުއަރީ 2015 އިން ފެށޭގޮތަށް އޮތް 50 (ފަންސާސް) އަހަރު ދުވަހުގެ ކުލީގެ އެގްރީމަންޓް ނަންބަރު 294/2015-C/C-Cv އެއްބަސްވުމެކެވެ. ކުއްޔަކީ، މހަކަ -/000،10ރ (ދިހާހާސް ރުފިޔާ) ކަމަށް ބަޔާން ކޮށްފައި އޮވެއެވެ. ސެކިއުރިޓީ ޑިޕޮސިޓް އަދި އެޑްވާންސް ގެ ގޮތުގައި -/000،500،8ރ (އައްމިލިޔަން ފަސްލައްކަ ރުފިޔާ) ވަނީ "އާދަކޮށްފައެވެ." އެހެންކަމުން، […] ގަތުމަށް މުޙައްމަދް ސަލީމް -/5,000,000ރ. (ފަސްމިލިއަން ރުފިޔާ)ގެ ނަގުދު ފައިސާ ޙަސަން އާދަމް އަށް ޙަވާލު ކުރިކަމަށް މިބުނަނީ، މުޙައްމަދު ސަލީމްގެ ފަރާތުން، ބަޔާންވެދިޔަ ކުލީގެ އެއްބަސްވުމުގެ ދަށުން، -/000،500،8ރ (އަށމިލިޔަން ފަސްލައްކަ ރުފިޔާ) ޙަވާލުކުރިތާ،2 މަހާއި 12 ދުވަސް ފަހުންނެވެ.
49ޙަސަން އާދަމް އަށް -/000،000،5ރ (ފަސްމިލިއަން ރުފިޔާ) ދެއްކިކަން ސާބިތު ކުރުމަށް މުޙައްމަދު ސަލީމްގެ ފަރާތުން، ހުށަހެޅި ލިޔުމުގެ އިތުރުން އެލިޔުމުގައި ސޮއިކުރި ކަމަށް ބަޔާން ކުރާ ހެކިންގެ ތެރެއިން، އަޙްމަދުދީދީ ޙާޟިރުކޮށް ހެކިބަސް ނަގައިދިނުމަށް މުޙައްމަދު ސަލީމް އެދިފައިވެއެވެ. އަޙްމަދު ދީދީ ހކިބަސެ ދެމުން، މުޙައްމަދު ސަލީމް، މިފައިސާ ޙަސަން އާދަމްއަށް ދިންކަމަށް ކަނޑައެޅިގެން އިންކާރު ކުރެއެވެ. އަޙްމަދު ދީދީ ހެކިބަސް ދެމުން ބުނެފައިވެއެވެ؛ ސ: […] މުޙައްމަދް ސަލީމް ޙަސަން އާދަމްއަށް -/5,000,000ރ. (ފަސް މިލިޔަން) ރުފިޔާ ދިންކަން އެނގިވަޑައިގަންނަވާތޯ؟ ޖ: ނުދޭ. ސ: ނުދޭ؟ ޖ: ނުދޭ.ވަރަށް ރަނގަޅަށް ވަރަށް ސީދަލަށް މިދަންނަވަނީ.ނުދޭ. ސ: އެ (ދޭއް) މީހުންގެ ދެމެދުގައި އެގްރީމެންޓެއްގައި ސޮއިކުރެވުނުކަން އނގޭތޯ؟ ޖ: އެއްވެސް އެގްރީމެންޓެއްގައި ސޮއިކުރެވިފައެއް ނުވާނެ. ސޮއިކުރެވިފައިވާކަމެއް އެނގިފައެއް ނެތް. ސ: ތިޔަފަރާތުން ހެއްކެއްގެ ގޮތުގައި ސޮއިކުރިންތޯ އެއްވެސް އެގްރީމެންޓެ އްގައި؟ ޖ: ނުކުރަން އެއްވެސް އެއްޗެއްގައި. ސ: އެއްވެސް ލިޔުމެއްގައި ސޮއި ނުކުރަންތޯ؟ B2 CR1 ހެކިންގެ ލިސްޓް، ޤަޟިއްޔާ ނަންބަރު C/2018-Cv/2920 ޖ: އަޅުގަނޑު މިކޯޓުގ. ޙަސަން އާދަމްގެ މަރުސާބިތުކުރުމުގެ މައްސަލައެއްގައި އެމީހުން ބުނި އެއްޗެއްގަ ސޮއިކޮށްދިނިން. އިތުރު އެއްޗެއްގަ ސޮއިކޮށފައެއް ނުވާނެ. ސ: މިލިޔުމުގައި މިއޮތީ ތިޔަ ފަރާތުގެ ސޮއި އަދި އިނގިލީގެ ނިޝާންތޯ؟ ޖ: މި ސޮއި މ އަޅުގަނޑު ކުރާ ސޮއި. އެކަމަކު މިއަށް އަޅުގަނޑު އިންކާރުކުރަން. އެއީ އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގިފަ އ އޮތި އެއްޗެއް ދަންނަވާފާނަން. ޤާޟީ އިޒުނަދެއްވައިފިކަމުގައި ވަންޏާ. ސ: ތ ލިޔުމުގައި ސޮއިކޮށްފައި ތ އޮތި ތިޔަފަރާތުންތޯ ސާފުކޮށްދެއްވާ؟ ޖ: އަޅުގަނޑުގެ ސޮއި މީގަ މިއޮތީ. ސ: އިނގިލީގެ ނިޝާން މިއީ ތިޔަފަރާތުގެ އިނގިލީގެ ނިޝާންތޯ؟ ޖ: އިނގިލީގެ ނިޝާން އަޅުގަނޑަކަށް ނޭނގޭ ސީދާ ސާފުކޮށް ދަންނަވާކަށް. އެއީ ކަނޑައެޅި އަޅުގަނޑު ދެނެހުރި ކަމަށް... ސ: ސޮއިކުރިންތޯ އޭ ސުވާލަކީ؟ ޖ: މީގައި އަޅުގަނޑު ސޮއެއް ނުކުރަން. ސ: ސޮއި ނުކުރަން؟ ޖ: ސޮއި ނުކުރަން. ސ: ރނަ ގަޅަށް ޗެކް ކޮށްލާފަ ވިދާޅުވޭ. ބަލާލާފަ. ތ ލިޔުން ބަލާލާފަ. ހަމަ ޔަޤީނުންވެސް ސޮއި ނުކުރަންތޯ؟ ޖ: އަޅުގަނޑު ސޮއިކޮށްފައި އޮންނާނީ ހަމައެކަނި މުޙައްމަދު ސަލީމް ދިން އެއްޗެއްގަ. އަޅުގަނޑު މިކޯޓުގ އަޅުގަނޑު ސޮއިކުރި އެއްޗަކަށް އޮންނާނީ ހަމައެކަނި ޙަސަން އާދަމް މަރުގެ މައްސަލައިގައި ސޮއިކުރި ސޮއިކުރުން. އެހެން އެއްވެސް އެއްޗެއްގައި އަޅުގަނޑު ސޮއެއް ނުކުރަން. -/000،000،5 (ފަސްމިލިޔަން) ރުފިޔާ ތިމަންނަ ދިން އެއްޗެއްކަމަށް ބުނާށޭ ކިޔާފަ ކޯޓުން...ޖޫލިއެޓްހައުސް ގޭގެ އެއް (އެކެއް) ފުލޯ ތިމަންނައަށް ޖޫލިއެޓްހައުސ މިލްކުވެއްޖެކަމަށް ވަންޏާ ތިމަންނާ ޖޫލިއެޓްހައުސްގ އެއެ (އެކެއް) ފްލޯ އަހައްމައިދީއަށް ދޭނަމޭ. ކުއްޔަކާނުލައި. އެހެން ސަލީމް ދެ ދުވަހެއްގެ މަތިން އަހަރެން ކައިރީގައި ބުނީމަވެސް މަބުނީ ތިކަމެއ ނެތް ކުރެވޭކަށް. ވަރަށް ސާފުކޮށް ހަމަ ވަރަށް ރަނގަޅަށް މިދަންނަވަނީ. އޭގެ ފަހުން ސަލީމް އަޅުގަނޑު މިކޯޓަށް އަންނަން އެންގިކަން އެނގުނީމައި، އަޅުގަނޑަށް އެކަންވެސް އެނގުނީ މާފަހުން. ސަލީމާ އަޅުގަނޑު މިކޯޓަށް އަންނަން. ނާންނާށޭ ކިޔާ ނުފޫޒު ފޯރުވަންވެގެން ގއ.ގެމަނަފުށި ކޯޓުން ނޫނީ ގެމަނަފުށި ސްކޫލްގަ ކަންނޭނގެ އުޅުއްވާ ބޭފުޅެއް ފަހުމީ ކިޔާ ބޭފުޅެއ މެދުވެރިކޮށް ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓްގަ އުޅުއްވާ ޙަސަންދީދީ އަޅުގަނޑަށް ގުޅާފަ ވިދާޅުވީ މިވެނި ދުވަހެއްގަ ކޯޓަށް ދާން ނުދާން އޮތްތޯ. އަޅުގަނޑު ދެންނެވިން އާއެކެވެ. އެބައޮތޭ. ވިދާޅުވީ ކީއްކުރަންހޭ ކޯޓަށް ދަނީ. އަހައްމައިދީއަށ އެއްވެސް ފައިދާއެއްހުރި ކަމެއް ނޫނެއްނުންހެއްޔެވެ. ދާނެކަމެއް ނެތެއްނުން ހެއްޔެވެ. ބުނީމަވެސް މަބުނީ ކޯޓަށް ދާނަމޭ. ކޯޓަށް ދަނީ ތެދު ޙަޤީޤީ ވާހަކައެއް ދައްކަން ކޯޓުގަ. ޝަރުޢީ މަރުޙލާގަ ދަންނަވާށޭ. ބުނީމަވެސ ބުން ކަލެއަށ ފައިދާއެއް ނެތްކަމެއްގަ ކޮންމެހެން ކުރަން ދާނެކަމެއް ނެތޭ. ނުފޫޒު ފޯރުވަން ސަލީމް އެތައް ފަހަރެއްގެ މަތިން އަޅުގަނޑަށް ބިރުދައްކަން މަސައްކަތްކުރި. ސަލީމް ވަރަށް ރަނގަޅަށް އެވާހަކަތަށް އެނގޭނެ. ސަލީމް ކުރިމަތީގައިވެސް ކިޔައިދީފައިވާނީ... ސ: އެހެންވީމަ ތިފަރާތުގެ ޙާޟިރުގައެއ ޙަސަން އާދަމްއަށް އެއްވެސް ފައިސާއެއް ނުދޭކަމަށް ތ ވިދާޅުވަނީ. އެހެންނު؟ ޖ: (ފަންސާސް) ލާރިވެސް ނުދޭ. ސ: ތިފަރާތަށް ނޭނގޭ ދިންކަމެއް؟ އެހެން ނޫންތޯ؟ ޖ: ނުދޭ. ނެތް އެނގިފައެއް.
50މިލިޔުމުގައި، އަޙްމަދުދީދީ ސޮއިނުކުރާކަމަށ ސިވިލް ކޯޓުގައި ހެކިބަސް ދެމުން ބުނެފައިވާތީ، މިލިޔުމުގެ ސައްހަކަން ކަށަވަރުކުރަން ސިވިލް ކޯޓުގައި އެދިފައިވީނަމަވެސް، އެކަމަށް ރިޢާޔަތް ކޮށްފައިނުވާކަމަށް މުޙައްމަދު ސަލީމް ބުނެއެވެ. މުޙައްމަދު ސަލީމް ބުނެފައިވަނީ، ލިޔުމުގައި އޮތް ސޮޔާއި އިނގިލީގެ ނިޝާން ވެރިފައި ކޮށްގެން އެކަން ބަލަންޖެހޭނެ ކަމަށެވެ. ނަމަވެސް ދަށު ކޯޓުގައި ބުނެފައިވަނީ، ދަޢުވާ ސާބިތުކޮށްދެވިފައިވާކަމަށް ޤަބޫލުކުރާތީ، ސޮޔާއި އިނގިލީގެ ނިޝާން ޝަރީޢަތުން ބޭނުންވާނަމަ، ވެރިފައި ކުރެވިދާނެ ކަމަށެވެ. އެކަން ކުރަން ސީދާ އެދިފައެއް ނެތެވެ.
51ޕްރިސިޑެންސް 6މިލިޔުމުގެ ޞައްޙަކަން ކަށަވަރު ކުރުމުގެ ބޭނުމަކީ، މުޙައްމަދު ސަލީމް ޙަސަން އާދަމްއަށް -/5,000,000ރ. (ފަސްމިލިޔަން ރުފިޔާ ) ދިންކަން ސާބިތު ކުރުން ކަމަށް ވާއިރު، އެފަދައިން އެލިޔުމުގައި ސޮއިކޮށްފައި ނުވަތަ އިނގިލީގެ ނިޝާން ޖަހާފައި އޮތް އޮތުން ކަށަވަރު ކުރުމުން، މިފައިސާ ދިންކަން ސާބިތު ކުރެވިދާނެތޯ ބަލަންޖެހެއެވެ. މިގޮތުން ބަލާއިރު، މުޙައްމަދު ސަލީމްގެ ފަރާތުން ދެން ހެކިބަސް ދިނުމަށް ހުށަހަޅާފައިވަނީ ގދ.ފިޔޯރީ، […] މުޙައްމަދު އަޙްމަދެވެ. މީނާއަކީ ބަޔާންވެދިޔަ ލިޔުމުގައި ސޮއިކުރިކަމަށް ބަޔާން ކުރާ ފަރާތެއް ނޫނެވެ. މީނާގެ ހެކިބަހުގައި ބުނެފައިވަނީ، ޙަސަން އާދަމް ދުނިޔޭގައި، ޙަސަން އާދަމް އަށް މުޙައްމަދު ސަލީމް، -/000،000،5ރ (ފަސްމިލިޔަން ރުފިޔާ ) ދިންކަން އެނގޭ ކަމަށެވެ. އެކަން އެނގެނީ، ތިންމީހަކު ތިބެގެން، ހެކިވެރިޔަކާ އެއްކޮށް، ހެކިވެރިންނާއި އެކީގައި މުޙައްމަދު ސަލީމްމެންގޭ ސިޓިންގ ރޫމްގަ އަޅުގަނޑުމެން ގެންގޮސް އަޅުގަނޑުވެސް އެތާ އިންދާ -/5,000,000ރ. (ފަންމިލިޔަން ރުފިޔާ) ދިނީމާ ކަމަށެވެ. ލިޔުމެއް ނުދެކޭ ކަމަށާއި ނަމަވެސް ފަސްމިލިޔަން ރުފިޔާ ކަން އެނގޭކަމަށާއި، ފުރަތަމަ ގުނާފަ ނިމިފަ ޙަސަންބެއްޔާގެ ފަރާތުން ހުރި ކުއްޖަކު އެއީ ހަސަންބެއްޔާގެ ބަދަލުގައި، ގުނާފަ އެ ހަމައޭ ބުނީމަ ދެން އޭގެ ފަހުގަ ސޮއިކުރީ ކަމަށެވެ. އެއީ ޝިމްހާދު ނަމަކަށް ކިޔާ ކުއްޖެއްކަމަށާއި ފައިސާގަ ހިފީ ޙަސަން އާދަމް ކަމަށާއި އެއީ އެގޯތި ގަންނަން ދިން ފައިސާ ކަމަށެވެ.
52މުޙައްމަދު އަޙްމަދުގެ ހެކިބަހުގައި މިމުޢާމަލާތ ހިންގީ، މުޙައްމަދު ސަލީމްމެންގޭ ސިޓިންގ ރޫމްގަ ކަމަށް ބުނެއެވެ. މުޙައްމަދު ސަލީމްގެ ގެއެއް ކަމަށް އޮތީ، […] އެވެ. […] ޓްހައުސް އެއް ނޫނެވެ. ބަޔާންވެދިޔަ ލިޔުން ލިޔެފައިއޮތީ، […] މާލޭ ގައެވެ. މުޙައްމަދު ސަލީމްމެން ގެއަކު ނޫނެވެ.
53ޙަސަންބެއްޔާގެ ފަރާތުން ބަދަލުގައި ހުރި ކުއްޖާ ކަމަށް މުޙައްމަދު އަޙްމަދު ބުނާ ކުއްޖާއަކީ، ހއ.އިހަވަންދޫ، […] މުޙައްމަދު ޝިމްހާޒް އެވެ. އޭނާ ހެކިބަސް ދެމުން ބުނެފައިވަނީ، މުޙައްމަދު ސަލީމް ޙަސަން އާދަމްއަށް -/000،000،5ރ (ފަސްމިލިޔަން ރުފިޔާ ) ދިންކަން އެނގޭ ކަމަށެވެ. އެފައިސާ ދިނީ އެތާ ޝިމްހާދ އާއު ޝިމްހާޒު މިއީ އެކަކުކަމަށް ބެލެވެއެވެ. މުޙައްމަދު ސަލީމްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް . ޝިމްހާޒްގެ ހާޟިރުގައި ނަޤުދު ފައިސއިނާ ކަމަށެވެ. ނަމަވެސް ޝިމްހާޒް އެފައިސާ ނުގުނާ ކަމަށެވެ. އެފައިސާ ނުގުނ އެއާ ފސްމިލިޔަންކަނ އެނގުން ކިހަ ނެއިކަނ ބަޔާން ކުރަމުން ބުން ފަސްމިލިޔަން ނެނގީ ޝިމްހާޒްގެ ހާޒިރުގައި ކަމަށެވެ. ނެގީ ކޮންތާކުންތޯ ބޭންކުންތޯ ސުވާލު ކުރުމުން ބުނީ ނޫން ކަމަށެވެ. ސަލީމް ދެއްވައިގެނ ޙަސަން އާދަމް ކަމަށެވެ. އޭރު ޙަސަން އާދަމް ގަދަވެ އަނެއްހެން ހެޔޮހާލުގައި ނޫންކަމަށާއި އެކަމަކު ހިނގާބިނގާވެ އުޅެން ވަރަށް އުދަނގޫ ކަމަށް ޝިމްހާޒް ބުނެއެވެ. އެގޭގަ ތޯ ފައިސާ ދިނީ މިސުވާލާއި ގުޅިގެން ބުނެފައިވަނީ އާދެ ކަމަށެވެ. ފައިސާ ޙަވާލުކުރިއިރު ތިބީ ކޮންބައެއްތޯ ސުވާލު ކުރުމުން ބުނެފައިވަނީ ޝިމްހާޒ އާއް މުޙައްމަދު އާ ކަމަށެވެ. 2015 ވަނަ އަހަރު ތެރޭގަ ވީމާ އެހާ ބޮޑަށް ހަދާން ނެތްކަމަށެވެ. ފައިސާގަ ހިފީ ޙަސަން އާދަމް ކަމަށާއި އެއީ ގެ ވިއްކާލަން ދިން ފައިސާ ކަމަށެވެ.
54ބަޔާންވެދިޔަ ދެމީހުންގެ ހެކިބަހަށް ބެލުމުންވެސް މުޙައްމަދު ސަލީމް ޙަސަން އާދަމްއަށް ދިނީ -/5,000,000ރ. (ފަސްމިލިޔަން ރުފިޔާ) ކަން އެމީހުންނަކަށް ނޭނގެއެވެ. އެނގެނީ، އެއީ ފަސްމިލިޔަނޭ ބުނާ ކަމެވެ. މިއިން އެއްވެސް މީހަކު އެފައިސާ ގުނައި ޢަދަދު ބަލާފައެއް ނެތެވެ. އެހެންކަމުން، ކުރިން ބަޔާންވެދިޔަ ކުލީގެ އެއްބަސްވުމުގެ ދަށުން، ސެކިއުރިޓީ ޑިޕޮސިޓް އަދި އެޑްވާންސް ގެ ގޮތުގައި -/08,500,00ރ. (އައމިލިޔަން ފަސްލައްކަ ރުފިޔާ) "އާދަކޮށް"ފައި، އޭގެ ފަހުން، 2 މަހާއި 12 ދުވަސްތެރޭގައި އަނެއްކާ، މުޙައްމަދު ސަލީމްގެ ފަރާތުން އެ ކުއްޔަށްހިފި ކަމަށް ބުނާ ގެ ގަތުމަށް -/5,000,000ރ. (ފަހެއ މިލިއަން ރުފިޔާ) އެކު ޖުމްލަ 000.00،500،13ރ (ތޭރަމިލިޔަން ފަސްލައްކަ ރުފިޔާ) ގެ ނަގުދު ފައިސއިނާ ގުނާލާފައި ޙަސަން އާދަމް އަށް ޙަވާލު ކުރިކަމަށް މި ބުނާބުނުން، ސަބަބު ވެރިހަމައަކުނ ސާބިތެއް ނުވެއެވެ. މިސާލަކަށް، މުޙައްމަދު ސަލީމްއަށް އާމްދަނީ ލިބޭ ގޮތްތަކާއި، ނުވަތަ ބޭންކެއ މެދުވެރިކޮށް އެފައިސާ ނަގައި ޙަސަން އާދަމްއަށް ޙަވާލު ކުރިގޮތް އެނގޭފަދަ، މަންތިޤަށް ޤަބޫލު ކުރެވޭ ފަދަ ގޮތަކަށް، ދެމަހާއި ބާރަދުވަހުން ތޭރަމިލިޔަ ން ފަސްލައްކަ ރުފިޔާ ނަގުދު ފައިސާއިން ގުނާލާފަ ދެވިދާނެކަން ޤަބޫލު ކުރެވޭ ގޮތަކަށް ބަޔާން ކޮށްދެވެން ޖެހޭކަމަށް ދެކެމެވެ.
55މުޙައްމަދު ސަލީމްގެ ފަރާތުން، މިދަޢުވާ ހުށަހެޅިއިރު، ބަޔާންވެދިޔަ ލިޔުމުގައި ސޮއިކުރި ކަމަށް ބަޔާން ކުރާ ދެމީހުން ކުރެ އެކަކުވެސް ހއްކެއްގ ގޮތުގައެ ހުށައެއް ނާޅައެވެ. މިލިޔުމުގައި ސޮއިކުރިކަމަށް ބުނާ ދެމީހުން ހެކީންގެ ގޮތުގައި ހުށަހެޅީ، މިދަޢުވާ ރައްދުވި ފަރާތުން، 24 ސެޕްޓެނބަރް 2018 ގައި، މިދަޢުވާއަށް ހުށަހެޅި ޖަވާބާއިއެކު، ހުށަހެޅި ހެކިންގެ ލިސްޓުގައި، ޝަފަހީ ހެއްކެއްގެ ގޮތުގައި ސ.މީދޫ، އިރާސމް ކުގެ އަޙްމަދުދީދީގެ ނަން ހުށަހެޅި ފަހުން، 18 އޮކްޓބަރޫ 2018 ގައެވެ. ބަޔާންވެދިޔަ ލިޔުމުގައި ބަޔާންކުރާ އެއްހެކި، ރ.އަލިފުށި، […] ޔޫސުފް ނަޢީމގް ހެކިބަސް ޝަރީޢަތަށް ނަގާފައެއް ނެތެވެ. މިދަޢުވާ ރައްދުވި ފަރާތްތަކުން، މިލިޔުމުގައި ސޮއިކުރި،ސ.މީދޫ، […] އަޙްމަދު ދީދީ ހެއްކެއްގެ ގޮތުގައި ހުށަހެޅިފަހުން، 18 އޮކްޓބަރޫ 2018 ގައި މުޙައްމަދު ސަލީމް ހުށަހެޅި ލިޔުމުގައި މި އަޙްމަދުދީދީ އާމެދަ ތުހުމަތު ތަކެއް ކޮށްފައި އޮވެއެވެ. އެތުހުމަތުތައ ސާބިތް ކުރުމަށު ގދ.ތިނަދޫ ފުޑްވިލާ، މުޙައްމަދު ޤަ ސިމާ ހެއްކެއްގެ ގޮތުގައި، މުޙައްމަދު ސަލީމް ހުށަހަޅާފައި އޮވެއެވެ. ނަމަވެސް އޭނާގެ ހެކިބަސް ނަގާފައެއްނެތެވެ. އެތުހުމަތުގައި ބަޔާން ކުރަނީ؛ "...ފައިސާ ދެއްކި ކަން އަންގައިދޭ ދަޢުވާ ފޯމުގައި ސޮއިކޮށްފައިވާ ދެހެކިންގެ ތެރެއިން އަޙްމަދު ދީދީ، އިރާސްމިކް، ސ.މީދޫ ކާރީ، މަރްހޫމް ޙަސަނު އާދަމްގެ އަންހެން ދަރިޔާއި އިނދެގެންއުޅޭ މުޙައްމަދު ޒާހިރު، […] މާލެ، ތިމަންނަމެންނަށް އެއްބާރުލުންދޭން ބުނިކަމާއި، އަދި މިވާހަކަ މި އަޙްމަދުދީދީ މުޙައްމަދު ސަލީމް ކާރު ބުނިކަމާއި، މި އަޙްމަދުދީދީ ގޮވައިގެން ވިލިމާލޭ ފެރީޓާރމިނަލަށް އެތައްފަހަރަކު ގެންގޮސްފައިވާކަމާއި، މުޙައްމަދު ޒާހިރުމެނަށް އެބަހީ ދަޢުވާ ލިބޭފަރާތަށ އެއްބާރުލުން ދިނުމުން މަރްޙޫމް ޙަސަން އާދަމް ކޮށްދިން ކަންތަކަށްވުރެ ދަޢުވާ ފޯމްގައި ހެކިން ސޮއިކޮށްފައެއް ނެތެވެ. އަދި އެފޯމްގައި ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ، ހއ.އިހަވަންދޫ ރަތްއަސުރުމާގެ މުޙައްމަދު ޝިމްހާދ އާއު ގދ.ފިޔޯރީ ނޫރަންމާގެ މުޙައްމަދު އަޙްމަދެވެ. މަރުޙޫމް ޙަސަން އާދަމްގެ ވާރިޘުން ސާބިތު ކުރި ޤަޟިއްޔާގައި އޭނާއަކީ ދުވަހަކުވެސް މީހަކާ ނިންނަ މީހެއްކަމަށްވާތީ، އަތްބަކު އަދި ދަރިއަކު ނެތްކަމަށް ބަޔާން ކޮށްފައި އޮވެއެވެ. ރަނގަޅަށް ކަންތައް ކޮށްދޭނެ ކަމާ، ފައިސދާނެކަމާ، މިފަދަ ވާހަކަތައް ދައްކައި، ހެކިންހެކިބަހުން ރުޖޫޢަކުރުވަން މަސައްކަތްކުރިކަމާ، ދެ ފަހަރެއްގެ މަތިން އެއްފަހަރު ޖުޑިޝަރީން ކަމަށްބުނެ، އަނެއްފަހަރ ޤާނޫނު ވަކީލުކަމަށްބުނެ ހެކިބަސް ބަދަލުކުރުމަށް، ޔޫސުފު ނަޢީމު […]، ރ.އަލިފުއްޓަށް ގުޅިކަމާ އަދި އެންމެފަހުން 16 އޮކްޓބަރޯ 2018 ވަނަ ދުވަހުގެ ރޭ 10:00 ހާތާވެސ ހެކިބަހަށް އަސަރުފޯރުވަން މި ޔޫސުފު ނަޢީމަށް ގުޅިކަމާ މިކަންކަން ސާބިތު ކުރުމަށް." މިހެންނެވެ.
56ނަމަވެސް، ސިވިލް ކޯޓުގައި އަޙްމަދުދީދީ ދިން ހެކިބަހުން އެނގެން އޮތީ، އަޙްމަދު ދީދީއަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފައިވަނީ، މުޙައްމަދު ސަލީމްގެ ފަރާތުން ކަމެވެ. ކުއްޔަކާއި ނުލައި، […] ބައެއް ދޭން ބުނީ މުޙައްމަދު ސަލީމް ކަމެވެ. މިގޮތުން، ނުފޫޒު ފޯރުވަން ކުރިކަންކަން ކިޔައިދެމުން، އަޙްމަދުދީދީ ކިޔައިދިން ވާހަކަތަކުގައި އަޙްމަދު ދީދީއަށް މީހަކު ކިޔައިދިނުމުން މެނުވީ އެނގެން ނުޖެހޭނެކަމަށް ބުރަވެވޭ އެކަމުގެ ޙަޤީޤަތް ބަލަންޖެހޭ ވާހަކަތަކެއް އެބަހުއްޓެވެ. މީސާލަކަށް، ގެމަނަފުށި ކޯޓުގައި ނުވަތަ ސްކޫލުގއަ އުޅޭކަމަށް ބުނާ ފަހުމީ އަކާއި ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގައި އުޅުއްވާ ޙަސަންދީދީއެއްގެ ވާހަކަ އަޙްމަދު ދީދީ އެބަ ކިޔައިދެއެވެ. ވީމާ، އެނަން ކިޔާ މީހަކު އެތަންތަނުގައި އުޅޭތޯ އުޅޭނަމަ، އެކަން އަޙްމަދުދީދީއަށ އެނގެން ކިހިނެތްތޯ؟ މިކަންކަން ސާފުކޮށްދޭން ޖެހެއެވެ. އެކަންކަން ބަލައި ސާފުކޮށްދީފައެއް ނެތެވެ.
57މަތީގައި ބަޔާންކޮށްފައިވާ ގޮތަށް އަޙްމަދުދީދީ ސިވިލް ކޯޓުގައި ހެކިބަސް ދިނެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލައިގެ އަޑުއެހުންތައް ނިމުނު ފަހުން، 06 ޑިސެންބަރު 2021 ވަނަ ދުވަހު ސިވިލް ކޯޓުގައި އަޙްމަދުދީދީ ދިން ހެކިބަހުގައި ރަނގަޅު ނޫން ވާހަކަތަކެއް ހުރެކަމަށް ބަޔާންކޮށް މިކޯޓަށް ސިޓީއެއް ފޮނުވާފައި އެބަ އޮތެވެ. މިސިޓީގައި، އަޙްމަދުދީދީ ބުނެފައިވަނީ، މަރްޙޫމް ހާރޫން އާދަމްގެ ކާފަ ދަރިން އޭނާއާއި ތަފާތު އެކިފަހަރު މަތިން ބައްދަލުކޮށް، މުޙައްމަދު ސަލީމް، ހަސަން އާދަމްއަށް ފައިސާ ނުދޭކަމށަ ހެކިބަސްދޭން އެދުނުކަމަށެވެ. އަދި އޭނާއަށް ލިޔުމެއްދީ އެލިޔުމުގައި ސޮއިކޮށް ހަދިޔާއެއްގެ ގޮތުގައި ހަތްހާސަ ރުފިޔާ ދިންކަމަށެވެ. އެވގުތަ ޙާލަތު ހުރު ގޮތުނި އެފައިސާގައި އަޙްމަދުދީދީ ހިފިކަމަށެވެ. އަދި އެކުދިން އެދުނުގޮތަށ ސިވިލް ކޯޓުގައި ހެކިބަސް އަދާކޮށްފައިވާނެކަމަށެވެ. ނަމަވެސް […] ގަތުމަށް މުޙައްމަދު ސަލީމްގެ އަތުން ޙަސަން އާދަމްއަށް ފަސްމިލިއަން ރުފިޔާދިނީ އޭނާގެ ޙާޟިރުގައިކަމަށެވެ. އަދި އެފައިސާ ދިން ލިޔުމުގައިވެސް އޭނާ ސޮއިކޮށްފައިވާނެކަމަށެވެ. ސިވިލް ކޯޓުގައި ބުނީ މިއާ ޚިލާފަށްކަމަށެވެ. މހާރި އޭނާއަށް މިމައްސަލައިގައި އޭނާގެ ސަބަބުން އިންސާފު ގެއްލިފައިވާކަން ޤަބޫލުކުރެވޭތީ އެކަން ރަނގަޅުކޮށް، މިމައްސަލަ ހައިކޯޓުގައި ހިނގާކަމުގައި މައުލޫމާތު ލިބިފައިވާތީ އެކަމުން ތައުބާވުމަށ އެދް ސިޓީ ފޮނުވީ ކަމަށެވެ.
58ޕްރިސިޑެންސް 7އަޙްމަދދީދީގެ މި އިޢުތިރާފަކީ، ހެކި ބަސް ދެވޭފަދަ މަޤާމެއްގައި ހުރެ ކަނޑައެޅިގެން ދިވެހިރާއްޖޭގެ ކޯޓަ އްގައެ ހިނގަމުންދިޔަ އަދި ހިނގަމުންދާ ޝަރީޢަތަކަށް ނުރނަ ގަޅު ނުފޫޒު ފޯރވު މަށް ކޮށްފައިވާ ކަމެއު ކަން ސާފުކޮށް އެނގެއެވެ. މިއީ ޝަރުޢީ ހަމައިންވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އަޙްމަދު ދީދީ މި ޝަރީޢަތުގެ ދެމަރުޙަލާއިންކުރެ ކޮންމެވެސް އެއްމަރުހާ އެއްގައި ދޮގު ހަދައި، އަޙްމަދު ދީދީގެ ހެކިބަސް އޮޅުވާލަން މަސައްކަތް އެބަ ކުރެއެވެ.
59އެހެންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް މިއީ، އަޙްމަދުދީދީ ހެކިބަސް ދޭންޖެހޭ މަޤާމެއްގައިހުރެ، ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވުމަށް ދޮގު ހެކިބަސްދިން ކަމަށް ބެލެވެން އޮތް މަސައްލައކެވެ. މިއީ، ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ۚ ۚ ۚ ۚ ۚ ۚ ۚ މިސިޓީއަކީ އަޙްމަދުދީދީ ހައިކޯޓަށް ފޮނުވި ސިޓީއެއްކަން ވަނީ ކަށަވަރު ކުރެވިފައެވެ. ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ ބާބުގެ ދަށުގައި ބަޔާންކުރާ، "ރިޝްވަތު ދިނުމާއި، ވަކި މަޞްލަޙަތަކަށް ބުރަވެ ޢަމަލުނުކުރުމުގެ ވާޖިބާ ޚިލާފު"ވުމުގެ ކުށެއް ކަމުގަ އާއި، 520 ވަނަ ބާބުގެ ދަށުގައި ބަޔާން ކުރާ "ދޮގު ހެކި ދިނުމާއި ރަސްމީ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށް" ތަކުގެ ތެރެއިން ހިމެނިގެންދާ ކުށެކެވެ. މިއީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ކަމުގައި އަދި ޖުނަޙްގެ 1 ވަނަ ދަރަޖައިގެ ކުށއެ ކަމުގައި ވެދާނެ ކުށްތަކެ ކެވެ. މީގެ އިތުރުން، މިއީ ޤާނޫނު ނަންބަރު:2000/2 (ކޮރަޕްޝަން ހުއްޓުވމާއު މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ކުށެއް ކަމުގައި ވެދާނެ ކުށެއް މެއެވެ. އެމާއްދާގެ (ށ) ގައި ބަޔާން ކުރާ ގޮތުން މިއީ 5 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އަތުވެދާނެ ކުށެކެވެ.
60ޤާނޫނު ނަންބަރު:2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާ ނޫނު) ގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢަދުލުއިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށާއ އަދި ޢަދުލު އިންޞާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅމުގ ޤާނޫނެ ބާރު މިކޯޓަށް ލިބިދީފައި ވެއެވެ. ވީމާ، މިކޯޓަށް ޤާނޫނުން ލިބިދީފައިވާ ބަޔާންވެދިޔަ ބާރުގެ ދަށުން، ސ.މީދޫ އިރާސްމެކުގެ އަޙްމަދުދީދީ )( ގެ މައްސަލަ ތަޙްޤީޤު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް އަމުރު ކުރަން ޖެހެއެވެ. ޤާނޫނުނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 314 ވަނަ މާއްދާގެ (ހ) އަދި އެމާއްދާގެ (ހ)ގެ (1) ވަނަ ނަންބަރާއި (2)ވަނަ ނަންބަރުގަ )ii( އާއި އެކު 314 ވަނަ މާއްދާގެ (ރ) އަށް ބެލުމުން މިކަން އެނގެއެވެ. ޤާނޫނުނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 520 ވަނަ މާއްދާގެ (ހ) އަދި އެމާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއި (2)ވަނަ ނަންބަރުގެ )i( އާއި )ii( އަދި 520 ވަނަ މާއްދާގެ (ބ) އަށް ބެލުމުން މިކަން އެނގެއެވެ. ޤާނޫނު ނަންބަރު:2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ " އަމިއްލަ ފަރާތަކނު ނުވަތް ސަރުކާރު ބައިވެރިވާ ފަރާތަކުން ކުރާ، ނުވަތަ ކުރަން ގަސްތުކުރ ކަމަކާ ނުވަތަ މުޢާމަލާތަކާ ގުޅޭގޮތުން، ވަކިފަރާތަކަށް ލުޔެއް، ނުވަތަ ފަސޭހައެއް، ނުވަތަ ހެވެއް، ނުވަތަ އެއްވެސް ބާވަތެއްގެ މަންފާއެއް ލިބިދިނުމަށްޓަކައި، ނުވަތަ އެއްވެސްފަރާތަކަށ ބުރައެއް ޖެއްސުމަށް، ނުވަތަ އުނދަގުލެއް ކުރުމަށް، ނުވަތަ އެއްވެސް ބާވަތެއްގެ ގެއްލުމެއް ދިނުމަށްޓަކައި، ނުވަތަ މިއިން ކަމެއް ކުރުމަށް ޝައުޤުވެރި ކުރުމުގެ ގޮތުން، ނުވަތަ މިއިންކަމެއް ކުރުމުން ދޭ އިނާމެއްގެ ގޮތުން، ނުވަތަ މިނޫންގޮތަކުންވިޔަސް، އެމީހަކު އަމިއްލައަށް ނުވަތަ އެހެންމީހަކު މެދުވެރިކޮށް، ނުވަތަ އެ ހެން މީހެއްގެ ފަރާތުނވިޔަސް، ރިޝްވަތު ހިފުމާއި، ރިޝްވަތު ލިބިގަތުމަށްއެދުމާއި ލިބިގަތުމަށް އެއްބަސްވުމާއި، ރޝްވަތި ދިނުމާއި، ދިނުމަށް ހުށަހެޅުމާއި، ދިނުމަށް އެއްބަސްވުމަކީ، ކުށެކެވެ. " އިބްރާހިމްދީދީ ވަކި ގޮތަކަށް ހެކިބަސް ދިނުމަށްޓަކައި ދިން ރުފިޔާގައި ހިފިކަމަށް މިކޯޓަށް ފޮނުވި ސިޓީ ބުނެފައި އެބަ އޮތެވެ. ހަމައެއާއެކު، މއަޙްމަދުދީދި ގެ ބަހަކީ، ހެކިބަހެއްގެ ގޮތުގައި، މިމައްސަލައިގައި ޤަބޫލު ނުކުރެވޭނެ ބަހެއްކަމަށް ކަނޑައަޅައިފީމެވެ.
61ބަޔާންވެދިޔަ ސަބަބުތައް އެހެންހުރުމުން، […] ގަތުމަށް އަޙްމަދް ސަލީމް -/5,000,000ރ. (ފަސްމިލިޔަން ރުފިޔާ ) ނަގުދު ފައިސާއިން ޙަސަން އާދަމްއަށް ޙަވާލުކުރިކަމަށް ބަޔާން ކޮށް ހުށަހެޅި ލިޔުމަކީ ޞައްޙަ ލިޔުމެއްކަމަށް ސާބިތެއް ނުވެއެވެ. އަދި އެކަން ސާބިތު ކުރުމަށް ހުށަހެޅި ޝަފަހީ ހެކިންގެ ހެކިބަހުން މުޙައްމަދު ސަލީމް، ޙަސަން އާދަމްއަށް -/000،000،5ރ (ފަސްމިލިޔަން ރުފިޔާ) ދިންކަން ސާބިތެއް ނުވެއެވެ. ނުފޫޒު ފޯރުވޭފަދަ މަޤާމް:
62ޙަސަން އާދަމް އަށް -/5,000,000ރ. (ފަސްމިލިޔަން ރުފިޔާ ) ދިންކަމަށް ބަޔާން ކުރާ ލިޔުމަކީ، 19 ޖޫން 2015 ގައި ލިޔެފައި އޮތް ލިޔުމެއް ކަމަށް ބަޔާންކޮށް، އެއީ ޙަސަން އާދަމްއަށް ނުފޫޒު ފޯރުވޭފަދަ މަޤާމެއްގައި ކޮށްފައިވާ ކަމެއް ނޫންކަން ބަޔާންކޮށް އިސްތިއުނާފީ 8 ވަނަ ނުކުތާތަކުގައި އެކަމާބެހޭ ގޮތުން ވާހަކަ ދައްކާފައި ވެއެވެ.
63[…] ޓްހައުސް އެވެކިޔާ ބަންޑާރަ ގޯތި ޙަސަން އާދަމްގެ ފަރާތުން، މުޙައްމަދު ސަލީމްއަށް 50 އަހަރަށް ކުއްޔަށްދިންކަމަށްބުނެ ހުށަހެޅި އެއްބަސްވުމާއި، އެގޯތި އަމިއްލަކޮށ މުޙައްމަދް ސަލީމްއަށ ޙަސަން އާދަމް ވިއްކާފައިވާކަމަށް ބުނެ ދައްކާ ވާހަކައާއި އަދި އެގޯއްޗާއިބެހޭ ގޮތުން ޙަސަން އާދަމް ކޮށްފައިވާ ވަޞިއްޔަތެއްކަމަށ ބުން މުޙައްމަދު ސަލީމް ހުށަހެޅި ލިޔުމާއި، މިއެންމެހައި މުޢާމަލާތްތަކަކީ، ޙަސަން އާދަމްއަށް ނުފޫޒު ފޯރުވޭފަދަ މަޤާމެއްގައި މުޙައްމަދު ސަލީމް ހުރެ ކޮށްފައިވާ މުޢާމަލާތް ތަކެއްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދަށު ކޯޓުގައިވެސް އަދި މިކޯޓުގައިވެސް ބުނެއެވެ.
64އިސްތިއުނާފު ކުރެވިފައިވާ މިމައްސަލައަކީ، ބަޔާންވެދިޔި މުޢާމަލާތްތަކުގެ ތެރެއިން ބިން ވިއްކުމުގެ މުޢާމަލާތް ދެމެހެއްޓުމަށް މުޙައްމަދު ސަލީމް ހުށަހެޅި މައްސަލައެއް ނޫނެވެ. މިއީ، […] ޓްހައުސް ވިއްކުމުގެ މުޢާމަލާތުގައި، މުޙައްމަދު ސަލީމް، ޙަސަން އާދަމްއަށް -/000،000،5ރ (ފަސްމިލިޔަން ރުފިޔާ ) އާއި އެގޯތި އަމިއްލަ ކުރުމަށް މީރާ އަށް ދެއްކި ފައިސާއަކީ މުޙައްމަދު ސަލީމް ދެއްކި ފައިސާކަން ސާބިތުކޮށް، ޙަސަން އާދަމްގެ ތަރިކައިން އެފައިސާ ހޯދުމަށް ކުރި ދަޢުވާއެކެވެ. އިސްވެބަޔާންވެދިޔަ ނުކުތާތަކގައު މިފައިސާއާމެދު ސާބިތުވި ގޮތް ބަޔާން ކުރެވިފައި ވާނެއެވެ. މަދަނީ ކޯޓުގެ ނަންބަރު:195/MC/2007 ޤަޟިއްޔާއާގުޅޭ:
65މަދަނީ ކޯޓުގެ ނަންބަރު:195/MC/2007 ޤަޟިއްޔާއިން ސާބިތުވެ ޙަސަން އާދަމް އަށް ދައްކަންޖެހުނު -/660,000ރ. (ހަލައްކަ ފަސްދޮޅަސްހާސް ރުފިޔާ) މުޙައްމަދު ސަލީމް ދެއްކިކަމަށް ބުނެ، މުޙައްމަދު ސަލީމްގެ ފަރާތުން ވާހަކަ ދެއްކިކަމަށް އިސްތިއުނާފު ކޮށްފައިވާ މިމައްސަލައިގެ ފާހަގަ ކުރެވުނު ނުކުތާތަގެ
(ޅ) ގައި ބަޔާން ކޮށްފައިވާ ވާހަކަ ތަކާއި ގުޅިގެން، މުޙައްމަދު ސަލީމްގެ ފަރާތުން އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައި ވެއެވެ.
66ޕްރިސިޑެންސް 8މަދަނީ ކޯޓުގެ ނަންބަރު:195/MC/2007 ޤަޟިއްޔާގެ ޙުކުމަކީ، ހައިކޯޓުގެ ނަންބަރު :A/225-HC/2007 ޤަޟިއްޔާގެ ޙުކުމުން ބާޠިލް ކޮށްފައިވާ ޙުކުމެކެވެ. އެހެންކަމުން، މަދަނީ ކޯޓުގެ ނަންބަރު:195/MC/2007 ޤަޟިއްޔާއާއި ގުޅިގެން ދަރަނީގެ ރެކޯޑެއް އޮވެދާނެ ކަމަކަށް ބުރައެއް ނުވެ ވއެ ވެ. މީގެ އިތުރުން، އިސްތިއުނާފެ ކުރެވިފައިވާ މައްސަލައަކީ، މަދަނީ ކޯ ޓުގެ ނަންބަރު:195/MC/2007 ޤަޟިއްޔާއާގުޅިގެނ ޙަސަން އާދަމް ދައްކަންޖެހުނު ކަމަށް ބުނާ -/000،660ރ (ހަލައްކަ ފަސްދޮޅަސްހާސް ރުފިޔާ) މުޙައްމަދު ސަލީމް ދެއްކިކަމަށްބުނެ، އެފައިސާ ހޯދުމަށް ކުރާ ދަޢުވާއެއް ނޫންކަމަށްވާތީ، މިނުކުތާއަކީ އިސްތިއުނާފީ މިމައްސަލައާ ގުޅުން އޮތް ނުކުތާއެއް ކަމަކަށް ނުދެކެމެވެ.
67ޕްރިސިޑެންސް 9މިމައްސަލައިގެ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި މުޙައްމަދު ސަލީމް ފާހަގަކުރި އެއްނު ކުތާއަކީ، ސިވިލް ކޯޓުގައި ހާރޫން އާދަމްއަށް ކާފަކިޔާ މުވައްޒަފަކާއި އޭނާގެ އަނބިމީހާ ވަޒީފާގައި އުޅޭތީ، މިމައްސަލައަށް ބާރުފޯރުވިދާނ ކަމަށެ ބުން ހުށަހެޅި ނުކުތާއެކެވެ. މިނުކުތާގައި މުޙައްމަދު ސަލީމް ކުރާ ތުހުމަތަކީ އެމައްޗަށް ބާރުދޭ އެއްވެސް ހެއްކެއް ބަޔާން ކުރުމަކާއި ނުލައި ކުރާ ތުހުމަތެކެ ވެ. ވީމާ، ސިވިލް ކޯޓުގައި މިމައްސަލައިގެ ވާރިޘެއްގެ ކާފަދަރި އުޅކަމަށޭ ބުނުމަކީ ނުވަތަ އނާގޭ އަނބިމީހާ އުޅޭކަމަށް ބުނުމަކީ، މައްސަލަ ބެލި ފަނޑިޔާރަށް އެކަމުގެ ނުފޫޒު ފރުވޯ ކ މަށަ ނިންމޭނެ ސަބަބެއް ނޫނެވެ.
68ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންދެކެނީ، ސިވިލް ކޯޓުގެ ނަންބަރު:C/2018-Cv/2920 ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 2، 16، 18 (ހ)، 22 އަދި 24 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 39/2015 (ބިމާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު) ގެ 1 ވަނަ މާއްދާ
- ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ގަވާއިދު 2008 ގެ 9 ވަނަ މާއްދާގެ (ރ) (3 ފެބުރުއަރީ 2016 ގެ އިޞްލާޙު) އަދި 10 ވަނަ މާއްދާގެ (ހ) (އިޞްލާޙުތަކާއެކު)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 314 ވަނަ މާއްދާ (310 ވަނަ ބާބު) އަދި 520 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ)
- ހައިކޯޓުގެ ނަންބަރު 2007/HC-A/225 ޤަޟިއްޔާ
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު މުޙައްމަދު ފައިޞަލް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް