ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/152
ހަައިދަރު ޝަކީބް ވ. -، 2019/HC-A/152
Haaidharu Shakeeb v. - 2019/HC-A/152 (2019/HC-A/152, High Court of the Maldives, 27 January 2021)
ހަައިދަރު ޝަކީބް ވ. -
މައްސަލައިގެ ޚުލާޞާ
ގަތް ފަރާތުގެ 700 އަކަފޫޓާއި ބައްޕަގެ 730 އަކަފޫޓު ވަކިކޮށް ޢައްޔަންކުރުމުގެ ކުރިން ގޯތީގެ ބިން ވާރިޘުންގެ މެދުގައި ބައިކޮށް ޢައްޔަންކޮށް ނުދެވޭނެކަމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
މަރުވި ބައްޕަގެ ނަމުގައި ރަޖިސްޓްރީވެފައިވާ 1430 އަކަފޫޓުގެ ގޯތި ވާރިޘުންގެ މެދުގައި ބައިކޮށް ޢައްޔަންކޮށްދިނުމަށް ދަރިއަކު ދަޢުވާކުރިއެވެ. އެ ގޯތީގެ 700 އަކަފޫޓު ބައްޕަގެ ދުނިޔޭގައި 2008 ގައި ތިންވަނަ ފަރާތަކަށް ވިއްކާ، އެ ވިއްކުން މަދަނީ ކޯޓާއި ހައިކޯޓުން ޤާއިމުކޮށްފައިވެއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ފެމިލީ ކޯޓުގެ ޙުކުމުން ގޯތި ވާރިޘުންގެ ނަމުގައި ރަޖިސްޓްރީވެފައިވާކަމަށާއި، ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގެ 60 ދުވަހުގެ ތެރޭގައި ގަތް ފަރާތުން ދަޢުވާކޮށްފައިނުވާތީ ގޯތި ބައިކުރެވެންޖެހޭނެ ކަމަށެވެ. ޝަރީޢަތުގައި ހަވަނަ ނުކުތާ ފިޔަވައި އެހެން ނުކުތާތައް އުނިކުރިއެވެ.
މައިގަނޑު ސުވާލު
މަރުވި މީހާގެ ނަމުގައި ރަޖިސްޓްރީވެފައިވާ ގޯތީގެ ބައެއް އޭނާގެ ދުނިޔޭގައި ކޯޓުގެ ޙުކުމަކުން ވިއްކާ މިލްކުވެރިކަން ބަދަލުވެފައިވާއިރު، އެ ބައި ވަކިނުކޮށް މުޅި ގޯތި ވާރިޘުންގެ މެދުގައި ބައިކޮށް ޢައްޔަންކުރެވިދާނެތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (ނިންމުމުގެ ބައި ކިޔަން ނުއެނގޭ؛ ތަޙުލީލުން ދައްކާގޮތް)
700 އަކަފޫޓުގެ ބިމުގެ ވިޔަފާރި މަރުވި މީހާގެ ދުނިޔޭގައި ކޯޓުގައި އީޖާބާއި ޤަބޫލާއެކު ހިނގާ، ހައިކޯޓުން ޤާއިމުކޮށްފައިވާތީ، އެ ބިމަކީ ގަތް ފަރާތުގެ އަމިއްލަ މިލްކެއް ކަމަށާއި ތަރިކައިގައި ހިމެނޭ މުދަލެއް ނޫންކަމަށް ކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- އިސްލާމީ ފިޤްހު ޢިލްމުވެރިންގެ އަރިހުގައި ތަރިކައަކީ މީހާ މަރުވުމަށްފަހު ދޫކޮށްފައިދާ އޭނާގެ މުދަލާއި މާލީ ޙައްޤުތަކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.5)
- މަރުވި މީހާގެ ދުނިޔޭގައި ޞައްޙަ ވިޔަފާރިއަކުން މިލްކުވެރިކަން އެހެން މީހަކަށް ބަދަލުވެފައިވާ ބިމާއި ޢިމާރާތްތަކަކީ، މަރުވި މީހާގެ ނަމުގައި ރަޖިސްޓްރީ ބާކީ އޮތްނަމަވެސް، އޭނާގެ ތަރިކައިގައި ހިމެނޭ މުދަލެއްގެ ގޮތުގައި ބެލޭނެ ޝަރުޢީ ޤާނޫނީ ހަމައެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.2-4.5)
- އެހެން މީހަކަށް މިލްކުވެފައިވާ ބައި ޢައްޔަންކޮށް ވަކިކުރުމުގެ ކުރިން، މުޅި ގޯތި ވާރިޘުންގެ މެދުގައި ބައިކޮށް ޢައްޔަންކުރެވިދާނެ ކަމަކަށް ނުފެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.5)
- ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގައިވާ 60 ދުވަހުގެ މުއްދަތުގައި އެއްވެސް ފަރާތަކުން ދަޢުވާކޮށްފައި ނުވިނަމަވެސް، މަރުވި މީހާގެ ދުނިޔޭގައި ވިއްކާފައިވާ ބިމަކީ ގަތް ފަރާތުގެ އަމިއްލަ މިލްކެއް ކަމުގައި ދެމިހުރެ، އެ ބިމަކީ ތަރިކައިގައި ހިމެނޭ މުދަލަކަށް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.6)
ޙުސައިން ޒަކަރިއްޔާ ތާއީދުކުރައްވައެވެ. • ދަޢުވާގެ ޚުލާޞާ: 1- މިއީ، […] ފަހުމީދާ ޝަކީބު (ދރކ.ނަންބަރު) އަށް ލިބޭ 158.889 (ސަތޭކަފަންސާސްއަށެއ ޕޮއިންޓް އަށެއް އަށެއް ނުވައެއް) އަކަފޫޓާއި، މުޙައްމަދު ޝަކީބު (ދރކ.ނަންބަރު ) އަށް ލިބޭ 158.889 (ސަތޭކަފަންސާސްއަށެއ ޕޮއިންޓް އަށެއް އަށެއް ނުވައެއް) އަކަފޫޓުގެ ބިން ކަޅުހުރާމަގުން އެންމެ އިރަށް އޮތްބައިން އެ ދެފަރާތަށް، ހުށަހެޅިފައިވާ ކުރެހުމާ އެއްގޮތަށް ވަކިކޮށްދީ، އަދި ގޯތީގެ ބާކީ އޮތް 1،112.223 (އެއްހާސް އެއްސަތޭކަ ބާރަ ޕޮއިންޓް ދއޭ ދއޭ ތިނެއް) އަކަފޫޓުގެ ބަޔަކީ ބާކީ ތިބި 07 މީހުންކަމުގައިވާ މުނީރާ ސައްޔިދ މުޙައްމަދު (ދރކ.ނަންބަރު ) އާއި، މަޙްމޫދާ ޝަކީބު (ދރކ.ނަންބަރު ) އާއި، ލީނާ ޝަކީބު (ދރކ.ނަންބަރު ) އާއި، އިބްރާހީމް ޝަކީބު (ދރކ.ނަންބަރު ) އާއި، ހައިދަރު ޝަކީބު (ދރކ.ނަންބަރު ) އާއި، އިސްމާޢީލު ޝަކީބު (ދރކ.ނަންބަރު) އާއި، ޒަހިއްޔާ ތައުފީޤު (ދރކ.ނަންބަރު ) ގެ ބައިކަމަށް ކަނޑައަޅައި ދިނުން އެދި، ވ. ބޮކްސާ/ މާލެ، ހައިދަރު ޝަކީބުގެ ފަރާތުން ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 3355/Cv-C/2018 ޤަޟިއްޔާ ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހައިދަރު ޝަކީބުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ. • ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް: 2- އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 3355/Cv-C/2018 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ [ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު 101/MC/2008 ޤަޟިއްޔާއިން […] / މާލެ އިސްމާޢީލު ޝިޔާމު ޢަބްދުﷲ ޢަލީ ގަނެފައިވާ 700 (ހަތްސަތޭކަ) އަކަފޫޓުގެ އަމިއްލަ ބިމާއި، މިގޯތިން […] / މާލެ، އަލްމަރްޙޫމާ އަޙްމަދު ޚަލީލްއަށް ލިބިގެންވާ 730 (ހަތްސަތޭކަތިރީސް) އަކަފޫޓުގެ އަމިއްލަބިން ވަކިކޮށް، މިދެބައި ޢައްޔަންކުރުމުގެ ކުރިޔަށް، […] / މާލެ، އަލްމަރްޙޫމާ އަޙްމަދު ޚަލީލްއާއި، ޢަލީ ޝަރީފްގެ ވާރިޘުންގެ މެދުގައި […] އެވެކިޔާ (ރަޖިސްޓްރީ ނަންބަރު އ.5164) 1,430 (ސާދަސަތޭކަ ތިރީސް) އަކަފޫޓުގެ އަމިއްލަ ގޯތީގެ ބިން ބައިކޮށް ޢައްޔަން ކޮށްނުދެ ވޭނޭކަމަށް ކަނޑައަޅައި، މިގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.] މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. • އިސްތިއުނާފީ ނުކުތާތައް : 3- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ސިވިލް ކޯޓުގެ ނަންބަރު 3355/Cv-C/2018 ޤަޟިއްޔާގައި ޙުކުމްކުރުމުން، ހައިދަރު ޝަކީބުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރު މަށް، 06 (ހައެއް) ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން: • ފުރަތަމަ ނުކުތާއަކީ: […] އެވެކިޔާ 1430 އަކަފޫޓުގެ އަމިއްލަ ބިމާއި އެ ބިމުގައިވާ ޢިމާރާތްތަކަކީ ހައިދަރު ޝަކީބުގެ ބައްޕަ އަލްމަރުޙޫމ އަޙްމަދު ޚަލީލުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ (ރަޖިސްޓްރީ ނަންބަރު އ.5083) ބުނެވިދިޔަ ގޯއްޗާއި ޢިމާރާތްތަކަކީ އަޙްމަދު ޚަލީލުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ބިމާއި ޢިމާރާތްތަކެއ ކަމަށް ވުމާއިއެކު އަޙްމަދު ޚަލީލު ނިޔާވެގެން އަޙްމަދު ޚަލީލު ގެ ތަރިކަ ވާރިޘުންގެ މެދުގައި ފެމެލީ ކޯޓުގެ ނަންބަރު 1449/Fm-C/2016 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް […] އަމިއްލަ 1430 އަކަފޫޓުގެ ބިމާއި ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަން ވާރިޘުންގެ ނަމުގައި އ.5164 ނަންބަރު ރަޖިސްޓްރީކޮށްފައިވާތީ، ރަޖިސްޓްރީގައިވާ ފަރާތްތަކަށް ގޯތިބައިކޮށ އައްޔަންކުރުމަށް ސިވިލް ކޯޓުގެ ނަންބަރު 3355/Cv-C/2018 ޤަޟިއްޔާގައި ހުށަހަޅާފައިވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ. • ދެވަނަ ނުކުތާއަކީ: އަލްމަރުޙޫމ އަޙްމަދު ޚަލީލު ނިޔާވެގެން ތަރިކަ ބަހަން ހުށަހެޅުމާ ގުޅިގެން ފެމެލީ ކޯޓުގެ ނަންބަރު 1449/Fm-C/2016 ޤަޟިއްޔާގައި ތަރިކައިގެ މައްސަލަ ނިންމާފައިވަނީ، އެ މައްސަލަ ނިންމުމުގައި އަޙްމަދު ޚަލީލުގެ ވާރިޘަކު ހުރިތޯ ބަލާ، އިތުރު ވާރިޘަކު ނެތްކަމާއި، އަދި ޤާނޫނު ނަންބަރު 76/28 ގައި ބުނާފަދަ ދަރަންޏެއް އޮތްތޯ ބެލުމަށްފަހު، އެފަދަ ދަރަންޏެއް ނެތްކަން އެގޭތީ މިކަން ކަމުގެ މައްޗަށް ބަރޯސާކޮށްގެން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ. • ތިންވަނަ ނުކުތާއަކީ: އަލްމަރުޙޫމ އަޙްމަދު ޚަލީލުގ ތަރިކައިގެ މައްސަލެ ނިންމުމާ ގުޅިގެން ތަރިކއިނަ ލިބިފައިވާ ވާރިޘުންގެ މެދުގައި ގޯތި ބައިކޮށް ޢައްޔަންކުރަން ހުށަހެޅީ ޤާނޫނު ނަންބަރު 75/25 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) ގެ ދަށުން އަލްމަރުޙޫމ އަޙްމަދު ޚަލީލު ނިޔާވިތާ ފަސްދޮޅަސް ދުވަހުގެ ތެރޭގައި އަލްމަރުޙޫމ އަޙްމަދު ޚަލީލުގެ ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ނުވަތަ އެނޫން ވެސް ކަމަކާމެދު އެއްވެސް ފަރާތަކުން އެއްވެސް ކޯޓެއްގައި ދަޢުވާކޮށްފައި ނެތުމުން މި ޤާނޫނުގެ މައްޗަށް ބަރޯސާ ކޮށްގެން ކަމަށް ބުނެ، ފާހަގަކުރި ނުކުތާއެވެ. • ހަތަރުވަނަ ނުކުތާއަކީ: ބުނެވިދިޔަ އަސާސްތަކުގެ މައްޗަށް ބިނާކޮށް […] ގޯއްޗާއި ޢިމާރާތްތައް، ބައިކޮށް ޢައްޔަން ކުރުމށަ ހައިދަރު ޝަކީބު ހުށަހެޅީ ސިވިލް ކޯޓުގެ ނަންބަރު 1135/Cv-C/2016 ޤަޟިއްޔާއިން ކަމަށާއި މި ޤަޟިއްޔާއަށް ހައިދަރު ޝަކީބް ޙާޟިރު ނުވެގެން ބާޠިލުވިފަހުން ދެވަނަ އަށް ހުށަހެޅި ނަންބަރު 585/Cv-C/2017 ޤަޟިއްޔާއަށް ޢަބްދުﷲ ޢަލީގެ ފަރާތުން، ތަދައްޚުލުވެފައިވާކަމާއި، ނަމަވެސް މި ޤަޟިއްޔާވެސް ހައިދަރު ޝަކީބް ޙާޟިރު ނުވުމުގެ ސަބަބުން ބާޠިލުވެފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ފަސްވަނަ ނުކުތާއަކީ: 57/52 (ތަރިކައާ ބެހޭ) ޤާނޫނުގެ ދަށުން ދަޢުވާއެއް ކޮށްފައިވާ ފަރާތެއް ނެތް ކަމުގައި ބަލައި، ގޯތި ބައިކޮށް ޢައްޔަންކުރުމަށް ހުށަހެޅީ، ތަރިކައާބެހޭ ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އެ ޤާނޫނުގެ ދަށުން ދަޢުވާކޮށްފައިނުވުމާއި، އެ ޤާނޫނުގައި ބުނާ 60 ދުވަހުގެ ތެރޭގައި މިފަދަ ދަޢުވާއެއް ކޮށްފައިނުވާކަމާއި، މި ޤާނޫނުގައި ބުނާ ދަޢުވާ ހުށަހެޅުމަށް 60 ދުވަހުގެ މުހުލަތެއް މަޙްދޫދު ކުރެވިފައިވަނީ މީސްތަކުންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައިކަނ އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/345 ޤަޟިއްޔާގައި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2008/SC-A/10 ޤަޟިއްޔާގައި ތަފްޞީލުކޮށް 60 ދުވަސް ހަމަވުމުން އެ ފަދަ ދަޢުވާއެއް ނުކުރެވޭނެކަމަށް އެނގޭތީއާއި، […] ގެ ގޯތިން ޢަބްދުﷲ ޢަލީ ގަނެފައިވާކަމަށް ބުނާނަމަ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އެތަން ބޭނުންނަމަ އެތަން ބައިކޮށް ވަކި ރަޖިސްޓްރީއެއް ހައްދައި އަގުގެ ތެރެއިން ނުދެވޭ ކަމަށްބުނާ ތޭރަލައްކަ ރުފިޔާ އަޙްމަދު ޚަލީލު ނިޔާވުމުގެ ކުރިން އަދާކޮށް ވަކި ގޯއްޗެއްގެ ގޮތުގައި ރަޖިސްޓްރީ ހަދާފައި ނެތުމަކީ ޤާ ނޫނު ނަންބަރު 57/52 (ތަރިކައާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ފަދައިން އެފަރާތުން އެތަން ދޫކޮށްލާފައިވާކަން ދަލީލުކޮށްދޭ ކަމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ހަވަނަ ނުކުތާއަކީ: ބުނެވިދިޔަ ބާޠިލުވެ ދިޔަ ދެ ޤަޟިއްޔާއިން ކުރެ އެއް ޤަޟިއްޔާއަށް […] އިސްމާޢީލް ޝިޔާމް ޢަބްދުﷲ ޢަލީގެ ފަރާތުން، ތަދައްޚުލުވީނަމަވެސް ތަދައްޚުލުވި މި ޤަޟިއްޔާ ބާޠިލުވިފަހުން ހައިދަރު ޝަކީބް ހުށަހެޅު ތިންވަނަ ޤަޟިއްޔާ ކަމުގައިވާ ނަންބަރު 18C/20-3355/Cv ޤަޟިއްޔާއަށް […] އިސްމާޢީލް ޝިޔާމް ޢަބްދު ޢަލީ ތަދައްޚުލުވެފައިނުވާއިރު، އަދި ބައްޕަ ނިޔާވިތާ 60 ދުވަހުގެ ތެރޭގައި އިސްމާޢީލް ޝިޔާމް ޢަބްދުﷲ ޢަލީގެ ފަރާތުން އެއްވެސް ކޯޓެއްގައި އިސްމާޢީލް ޝިޔާމް ޢަބްދުﷲ ޢަލީގެ ބައި ހޯދުމަށް ދަޢުވާކޮށްފައިނުވާއިރު، ބައްޕަ ނިޔާވެގެން ބައްޕަގެ ތަރިކަ ބަހައި ހައިދަރު ޝަކީބުމެންގެ މައްޗަށް […] އަމިއްލަ ބިމާއި ޢިމާރާތްތައް ވާރިޘުންގެ މައްޗަށް މިލްކުކޮށްދީ، ފެމިލީ ކޯޓުގެ ބުނެވުނު ޤަޟިއްޔާ އިސްތިއުނާފުކޮށްފައިނުވާ ޙާލަތުގައި އެ ޤަޟިއްޔާ ނިހާއީ ޙުކުމަކަށްވ އެ ޙުކުމުގައިވާ ގޯއްޗާއި ޢިމާރާތްތަކާއި ވަޅުފަދަތަންތަން ވާރިޘުންގެ މެދުގައި ބައިކޮށް ޢައްޔަންކުރުމަށް ހުށަހެޅި މައްސަލަ އަކީ ހައިދަރު ޝަކީބު ބައިކުރަން ހުށަހެޅި ތިންވަނަ މައްސަލައިގެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ "ގ. މަސްއޮޑިގެ ގޯތިން ޢަބްދު ﷲ ޢަލީ ގަނެފައިވާ 700 އަކަފޫޓްގެ އަމިއްލަ ބިމާއި، މި ގޯތިން އަޙްމަދު ޚަލީލަށް އޮތް 730 އަކަފޫޓްގެ އަމިއްލަ ބިން ވަކިކޮށް މި ދެބައި ޢައްޔަންކުރުމުގެ ކުރިން އަލްމަރްޙޫމް އަޙްމަދު ޚަލީލު އާއި ޢަލީ ޝަރީފްގެ ވާރިޘުންގެ މެދުގައި […] އެވެކިޔާ 1430 އަކަފޫޓް ގެ އަމިއްލަ ގޯތީގެ ބިން ބައިކޮށް ޢައްޔަންކޮށް ނުދެވޭނެކަމަށް" ކަނޑައަޅއްވު ފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ފާހަގަކުރެވުނު ނުކުތާތައް: 4- ސިވިލް ކޯޓުގެ ނަންބަރު 3355/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހައިދަރު ޝަކީބުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
4.1- […] އަކީ […] އަޙްމަދު ޚަލީލުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ 1430 އަކަފޫޓުގެ އަމިއްލަ ގޯއްޗެއްކަން […] މާލް މުނިސިޕަލްޓީން 13 ޑިސެންބަރު 2009 ގައި ހަދައިދީފައިވާ ނަންބަރު އ.4542 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީން އެނގެން އޮވެއެވެ.
4.2- އަޙްމަދު ޚަލީލުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ […] އެވެކިޔާ އަމިއްލަ ގޯތީގައިވާ 1430 އަކަފޫޓުގެ ތެރެއިން ކަޅުހުރާމަގާ އިންވެއޮތް 700 އަކަފޫޓުގެ އަމިއްލަ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އަކަފޫޓަކަށް 5000.00ރ. (ފަސްހާސްރުފިޔާ) ގެ މަގުން 3500000.00ރ. (ތިންމިލިއަން ފަސްލައްކަރުފިޔާ) ގެ އަގަށް […] އިސްމާޢީލް ޝިޔާމް ޢަބްދުﷲ ޢަލީއަށް ވިއްކާ އެ އަގަށް ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ބިން، އިސްމާޢީލް ޝިޔާމް ޢަބްދުﷲ ޢަލީ ގަނެ އަގު ޚަލާޞްކޮށްފައިވާތީ، އެ ވިޔަފާރި ޞައްޙަކަމަށާއި، އެ ވިޔަފާރީގެ ސަބަބުން […] އަޙްމަދު ޚަލީލުގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ […] އެވެކިޔާ އަމިއްލަ ގޯތީގައިވާ 1430 އަކަފޫޓުގެ ތެރެއިން ކަޅުހުރާމަގާ މި ރަޖިސްޓރަ އަކީ 26 ޑިސެންބަރު 2007ގައި މާލޭ މުނިސިޕަލްޓީން އެ ގޯއްޗަށް ހަދައިދީފައިވާ ނަންބަރު އ.4356 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން އަޙްމަދު ޚަލީލު ހުށަހެޅުމުން އެ ރަޖިސްޓަރީ ބާޠިލްކުރުމަށްފަހު، އެ ރަޖިސްޓަރީގައިވާ މަޢުލޫމާތުގެ މައްޗަށް ހަދައިދީފައިވާ ރަޖިސް ޓރީއެކެވެ. އިންވެ އޮތް 700 އަކަފޫޓުގެ އަމިއްލަ ބިމާއި، އެ ބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރި ފަރާތަކީ، […] އިސްމާޢީލް ޝިޔާމް ޢަބްދުﷲ ޢަލީ ކަމަށް 05 މެއި 2008ގައި މަދަނީ ކޯޓުން ޙުކުމްކޮށްފައިވެއެވެ.
4.3- މަދަނީ ކޯޓުގެ ނަންބަރު 101/MC/2008 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް […] މަޙްމޫދާ ޝަކީބުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް 20 މެއި 2008ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވަނީ ނަންބަރު 2008/HC-A/151 ޤަޟިއްޔާއިން ނެވެ. އެ ޤަޟިއްޔާ 05 އޭޕްރީލު 2009ގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ، […] އެވެކިޔާ އަމިއްލަ ގޯތީގެ 1430 އަކަފޫޓުގެ އަމިއްލަ ބިމުގެ ތެރެއިން 700 އަކަފޫޓުގެ އަމިއްލަ ބިމާއި އެ ބިމުގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އަޙްމަދު ޚަލީލުގެ ތަޞައްރަފުފުދޭ ހެޔޮ ހާލު […] އިސްމާޢީލް ޝިޔާމް ޢަބްދުﷲ ޢަލީ އަށް ވިއްކުމާ ބެހޭ ވިޔަފާރީގެ އީޖާބާއި ޤަބޫލު ހިނގާފައިވަނީ އެ ދެފަރާތުގެ ފުރިހަމަ އިޚްތިޔާރާއި ރުހުމުގައި މަދަނީ ކޯޓުގެ ނަންބަރު 101/MC/2008 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައިކަން އެނގެން އޮންނާތީއާއި އެ ވިޔަފާރި އެ ގޮތުގެ މަތިން ޢަޤުދުކުރުމަށް ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން ވިޔަސް ހުރަސްއަޅާ ސަބަބެއް ނެތްކަމަށް އެ މައްސަލަ ބެލިދިވެހިރާއްޖޭގ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާތީ މަދަނީ ކޯޓުގެ ނަންބަރު 101/MC/2008 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށެވެ. މި ޙުކުމަށް އަދި މިހާތަނަށް ބަދަލެއް އައިސްފައިވާކަން އެނގެން ނެތެވެ.
4.4- ސިވިލް ކޯޓުގެ ނަންބަރު 3355/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހައިދަރު ޝަކީބުގެ ފަރާތުން ހުށަހަޅާފައިވާ، މި ރިޕޯޓުގެ 3ވަނަ ނަންބަރު ގައި ބަޔާންކުރެވިފައިވާ ނުކުތާތަކުގެ ތެރެއިން ފަހެއް އަދި އަޙްމަދު ޚަލީލުގެ ފަރާތުން އިސްމާޢީލް ޝިޔާމް ޢަބްދުﷲ ޢަލީގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހެޅި މަދަނީ ކޯޓުގެ ނަންބަރު 101/MC/2008 ޤަޟިއްޔާގެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/151 ޤަޟިއްޔާގެ ޙުކުމް. ހަވަނަ ނުކުތާ ފިޔަވައި ދެން ހުރި ނުކުތާތަކުގައި ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފުވާ ކަމެއް ފާހަގަކުރެވިފައި ނުވާކަމަށާއި، އެ ނުކުތާތައް އުނިކުރަން ބޭނުންވާކަމަށް މި މައްސަލައިގައި ހައިދަރު ޝަކީބުގެ ބަދަލުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހާޒިރުވި ކ. ދިއްފުށި/ އޮނުފީނިގެ، ޝަހީމް އަޙްމަދު ބުނެފައިވެއެވެ.
4.5- […] އަޙްމަދު ޚަލީލު 15 ޖޫން 2015ގައި ވަނީ ނިޔައުވެފައެވެ . މަރުޙޫމު ނިޔައުވިއިރު އެ މަރުޙޫމުގެ ވާރިޘުންގެ ގޮތުގައި ތިބީ، ހުވަފަތް އަނބި، […] މުނީރު ސަޢީދާ މުޙައްމަދު އާއި، 05 ފިރިހެން ދަރިން ކަމުގައިވާ އިބްރާހިމް ޝަކީބު، އިސްމާޢީލު ޝަކީބު، ޢަލީޝަރީފު، މުޙައްމަދު ޝަކީބު، ހައިދަރު ޝަކީބު އާއި، 03 އަންހެން ދަރިން ކަމުގައި، މަޙްމޫދާ ޝަކީބު، ފަހުމީދާ ޝަކީބު، ލީނާ ޝަކީބުއާ އެކު ޖުމްލަ 09 (ނުވައެއް) ވާރިޘުން ނެވެ. އިސްލާމީ ފިޤްހު ޢިލްމުވެރިންގެ އަރިހުގައި ތަރިކައަކީ، މީހާ މަރުވުމަށްފަހު ދޫކޮށްފައިދާ އޭނާގެ މުދަލާއި މާލީ ޙައްޤުތައް ކަމަށް ވެފައި، […] އެވެކިޔާ އަމިއްލަ ގޯތީގެ 1430 އަކަފޫޓުގެ އަމިއްލަ ބިމުގެ ތެރެއިން 700 އަކަފޫޓުގެ އަމިއްލަ ބިމާއި އެ ބިމުގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އަޙްމަދު ޚަލީލުގެ ތަޞައްރަފުފުދޭ ހެޔޮ ހާލު […] އިސްމާޢީލް ޝިޔާމް ޢަބްދުﷲ ޢަލީއަށް ވިއްކުމާ ބެހޭ ވިޔަފާރީގެ އީޖާބާއި ޤަބޫލު ހިނގާފައިވަނީ އެ ދެފަރާތުގެ ފުރިހަމަ އިޚްތިޔާރާއި ރުހުމުގައި މަދަނީ ކޯޓުގެ ނަންބަރު 101/MC/2008 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައިކަނ އެނގެން އޮންނައިރު، އަޙްމަދު ޚަލީލުގެ ދުނިޔޭގައި އިޝާރާތް ކުރެވުނު ޤަޟިއްޔާއިން އިސްމާޢީލް ޝިޔާމް ޢަބްދުﷲ ޢަލީއަށ […] އެވެކިޔާ އަމިއްލަ ބިމުގެ ތެރެއިން 700 އަކަފޫޓުގެ އަމިއްލަ ބިމާއި އެ ބިމުގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ވިއްކާ އެ ވިޔަފާރީގެ ސަބަބުން މިލްކުވެރިކަން އިސްމާޢީލް ޝިޔާމް ޢަބްދުﷲ ޢަލީއަށް ބަދަލުވެފައިވާތީ، އެ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނަކީ އަޙްމަދު ޚަލީލުގެ ތަރިކައިގެ ގޮތުގައި ހިމެނޭ ތަކެތީގެ ގޮތުގައި ބެލޭނެ ޝަރުޢީ ޤާނޫނީ ހަމައެއް ނެތެ ވެ. ޑިޕާރޓްމަންޓ އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ނަންބަރު 0026926 މަރު ސާބިތުކުރި ލިޔުން. ފެމެލީ ކޯޓުގެ ނަންބަރު 5C/201-Fm/2066 ޤަޟިއްޔާ ގެ ޙުކުމް. އެހެންކަމުން، އިސްމާޢީލް ޝިޔާމް ޢަބްދު ﷲ ޢަލީއަށް މިލްކުވެފައިވާ ބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ޢައްޔަނުކޮށް ވަކިކުރުމުގެ ކުރިން އިސްތިއުނާފުކުރާ ހައިދަރު ޝަކީބުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 3355/Cv-C/2018 ޤަޟިއްޔާގއަ ހުށަހަޅާފައިވި ގޮތަށާ […] ބިނެ ބައިކޮށް ޢައްޔަނުކުރެވިދާނެ ކަމަކަށް ނުފެނެއެވެ.
4.6- ޤާނޫނު ނަންބަރު 75/25 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު ) ގައި ބަޔާންވެގެންވަނީ ؛ [މީހަކު މަރުވުމަށްފަހު އެމީހަކާމެދު ދަރަންޏެއް ނުވަތަ ވަޞީއްޔަތެއް ފަދަ ކަމެއް އޮވެގެން ދަޢުވާކުރާ މީހަކު ހުރެއްޖެނަމަ، އެމީހަކު މަރުވާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި، މާލޭގައިނަމަ މިނިސްޓްރީ އޮފް ޖަސްޓިހުގެ ކަމާބެހޭ ކޯޓަށް، ރާއްޖެތެރޭގައިނަމަ ރަށުކޯޓަށް ހުށަހަޅަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ ބެލޭނީ އެމީހެއްގެ މައްޗަށް ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ނުވަތަ އެހެންވެސް އެފަދަ ކަމެއްގެ ދަޢުވާއެއް ކުރާ މީހަކު ނެތީކަމަށެވެ.] މިފަދައިންނެވެ. އަލްމަރުޙޫމ އަޙްމަދު ޚަލީލުގެ ތަރިކައާބެހޭ ދަޢުވާއާ ގުޅިގެން، އެ މަރުޙޫމުގެ އިތުރު ވާރިޘަކު ހުރިތޯ ބެލުމަށް، 21 އޮކްޓޯބަރު 2015 އިން ފެށިގެން 3ދުވަސް ވަންދެން ދުވާލަކު 1 ފަހަރު ޕަބްލިކް ސަރވިސް މީޑިއާ މެދުވެރިކޮށް ޢާންމުކޮށް އިޢުލާން ކޮށްފައިވެ އެވެ. ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގައިވާ މުއްދަތުގައި އެއްވެސް ފަރާތަކުން ދަޢުވާކުރިކަން އެނގެން ނެތެވެ. އަދި އިތުރު ވާރިޘަކުހުރިތޯ ބެލުމަށް ކުރެވުނު އިޢުލާނުގެ މުއްދަތުގައި، އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވެ އެވެ. […] އެވެކިޔާ އަމިއްލަ ގޯތީގައިވާ 1430 އަކަފޫޓުގެ ތެރެއިން ކަޅުހުރާމަގާ އިންވެއޮތް 700 އަކަފޫޓުގެ އަމިއްލަ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނަކީ އިސްމާޢީލް ޝިޔާމް ޢަބްދުﷲ ޢަލީގެ އަމިއްލަ މިލްކު ތަންތަނެވެ. އެއީ އަޙްމަދު ޚަލީލުގެ ތަރިކައިގައި ހިމެނޭ މުދަލެއް ނޫނެވެ. ނަންބަރު B4/2015/204-146 "އިޢުލާން" ""' \~ - ·~ :.\oa\~ 0'\~, 0\ ,, or\ o~''" ""' "\l<"' ~~\\"'r-"\~~~~""' ~0.,~~ ~\..~~\~'" 0~"I\\~ot.,"\"~ \~ 1, "\·~ 1\ , \\ · · ~~\\"' ~"' '\0~ \~ ~I\ "0.,"~""' )(~ol \I\ \'\"\"~"\ "~"\ ,,~~ \"'"\J~~ \"'~\"\""' "\~~ \00 O\"~~~ "~ 1\, ~ o~~, "' :~ \\ 0., ~\ ~\ \\"I\ot.,""\ ~~\"'"I\ "'\ ~I\ '\0"\'"' ""' "li~~'"'\~ ("-0 0 0\l<"\"0.,ot., ''"' \'\''\"\"'\\~ ot., "\"\""' "li~~'"'\~ ""'",........M0 "' ' "'' ' 1\, "'' "'' \ \ \ ""' "'\\~ "0.,~~ 0"l<'\ \~ '"0' \ -·1:.\oa\ 0'\~I\ 0\ ~'\ol' ~~ '"0"\ ""' "\ \~ot.,\~ ~~ "'\\0., ~~ 0\~,~'\ ,, "' "' "'a' !\~'\· "\· L h "'' 'h "~"~~~"' "\ 0\\I\\~ "'0~ ,,\l .. ~:\""'ot., ""'0~ "~0~\~ , "' 01\"'~~~ • I "\ ,,0\\~""' "\J~~ 0\ 0~~~ "\ ot., ~~ "~ '"0~"' ,,\l ,~' "\"~O\,, ,, "0.,oX' ~)' :~ o.,,L ~\ o.,, " ,,,0"\ \~ 0'\I\\~0\"\ 0~'""~ \\ ~~~., "\\1 ~\"\)O\ ,,""'0~ ~~ ,,'"0\ "~"~""' ~I\0~ \~ MM (r)---(r)u ---u ("''0 ,........00 ·L 1\, \~ ~·~ l, :>I "0.,"'\ 0')(~0'\"~"';'"'" \-H \~ ot.,!~~~"' 0 ""' "\ \I\""' O\"\''I\ ':\ "' \"'"" ~~\\\""' ~\)0"\''\ .. ~~ "'' \ "\ "\ \~\J, oN\\ "' "'' \\ ~' "~01\"~"~ '!\ ,, ,,0~ \~ \~ ~\ I\ ·L 1\, / ' \ ,,,o~'\~\X,! "',, "1 "\''I\ ':\ "\ \~ o~' o"'''\ "\~I\ '!\ or\ ~ oN\\ 1\~ 1\~!\ '\ o~~,\ N---lfl ['--lfl '\ ,,•I., , ~., •I.,~~..,,~ C')C')~'<!';::: •.l. ~~':'<')N II")0 N0\ ..·~~-" '\J...' ',, , -~ · ~ '' " .) •" \~,' \ , ,.,, <')·~''\ . •t..-~ ,,• ...,'\,,'' '" ~~ ,,·~~'\J...,, , ,,-~ ' ~._ ~ - t.. 'II; \ ' ~ ~~ -:-· ;:::bl).r::u0:l t: bl)0>E ; ·~\l .,., ·- t:<2@).r::· -i1ug t~0 > ~ >. "\~ • '\h ' \
- ޤާނޫނު ނަންބަރު 75/25 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު)
- މަދަނީ ކޯޓު 101/MC/2008
- 2008/HC-A/151
- ފެމިލީ ކޯޓު 1449/Fm-C/2016
- 2012/HC-A/345
- 2008/SC-A/10
- ބެންޗު
- ޢަބްދުﷲ ޙަމީދު، ހާތިފް ޙިލްމީ، ޝުޢައިބު ޙުސައިން ޒަކަރިއްޔާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ހާތިފް ޙިލްމީ، ޝުޢައިބު ޙުސައިން ޒަކަރިއްޔާ
- ޚިލާފު ރައުޔު
- ނެތް