ސައިޓޭޝަން ކޮޕީ ކުރުމަށް
2014/HC-A/275
2014/HC-A/275، 2014/HC-A/275
2014/HC-A/275 (2014/HC-A/275, High Court of the Maldives, 1 March 2016)
2014/HC-A/275
މައްސަލައިގެ ޚުލާޞާ
ބަންޑާރަ ބިމުން ހުރިހާ ވާރިޘުންނަށް ހަމަހަމަކޮށް ލިބި، ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ 1/4 ބައި ފިރިއަށާއި 3/4 ބައި ފިރިހެން ދަރިއަށް މިލްކުވާކަމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
ހަދިއްޔަތު މޫސާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ބަންޑާރަ ގޯއްޗާއި އޭގެ ޢިމާރާތްތައް ތަރިކައިގެ އުޞޫލުން ބެހުމަށް އޭނާގެ ފިރި އާދަމް ޙުސައިން ދަޢުވާކުރިއެވެ. ބިމަކީ އޭނާގެ ބައްޕަގެ ތަރިކައެއްކަމަށާއި، ޢިމާރާތުގެ ބައިތައް އޭނާއަށް މިލްކުކަމަށް ބުނެ ޢާފިޔާ މުޙައްމަދުދީދީ އެއާ ދެކޮޅު ހެދިއެވެ.
ބިމަކީ ރަންނަރުގެ މުޙައްމަދުދީދީގެ ތަރިކައެއްކަމާއި، ޕްރޮޕަޓީ ކްލެއިމްސް ޑިވިޝަންގެ 16/PCD/71 ގެ ދަށުން ޢިމާރާތުގެ 7/8 ބައި އިސްތިއުނާފުކުރި ފަރާތަށް މިލްކުކަމަށް ބުނެ ހުށަހެޅި ލިޔުންތަކަށް ދަށުކޯޓުން ރިޢާޔަތްނުކުރިކަމަށް ބުނެފައިވެއެވެ.
މައިގަނޑު ސުވާލު
ޙާޟިރުނުވުމުން މައްސަލައިގެ ތެރެއަށް ވަނުމުގެ ފޯމު ބާޠިލުކުރި ފަރާތުގެ ލިޔުންތަކަށް ދަށުކޯޓުން ރިޢާޔަތްކުރަންޖެހޭތޯއާއި، ދައުލަތުގެ ބޭނުމަށް ނަގައި ފަހުން ގޯތިއަށް އިތުރުކޮށްދިން ބިމަކީ ކުރީގެ މިލްކުވެރިޔާގެ ތަރިކައިގައި ހިމެނޭ ބިމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ރަޖިސްޓްރީގައި ގޯތި އޮތީ ހަދިއްޔަތު މޫސާގެ ނަމުގައެވެ؛ މައްސަލައިގެ ތެރެއަށް ވަނުމުގެ ފޯމު ޙާޟިރުނުވުމުން ބާޠިލުވެފައިވެއެވެ؛ ޢިމާރާތުގެ އަގު ދިނުމުގެ މައްސަލަ 71/PCD144 އާއި A/137-98/HC ގައި ނިމިފައިވެއެވެ؛ އަދި ދައުލަތުން ނެގި ބިމަކީ ނިޔައުވިއިރު މުޙައްމަދުދީދީގެ ނަމުގައި އޮތް ބިމެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- މައްސަލައިގެ ތެރެއަށް ވަނުމަށް ހުށަހެޅި ފޯމު، ފޯމު ހުށަހެޅި ފަރާތް ޙާޟިރުނުވުމުގެ ސަބަބުން ބާޠިލުކޮށްފައިވާނަމަ، އެ ފަރާތުން ހުށަހެޅިކަމަށްބުނާ ލިޔުންތަކަކަށް އެކޯޓުން ރިޢާޔަތްކުރެވޭނެގޮތެއް ނޯންނާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ށ))
- ބިމެއް ދައުލަތުގެ ބޭނުމަށް ނެގުމުގައި އޭރު ޢަމަލުކުރި އިޖުރާއާތަކާއި ޚިލާފުވެގެން ބިމުގެ ވެރިފަރާތުން އޭނާގެ ދުނިޔޭގައި އެއްވެސް ޝަކުވާއެއްކޮށްފައިވާކަން އެނގެން ނެތުމުން، އެހެން ގޮތަކަށް އެކަން ސާބިތުނުވާހާ ހިނދަކު އެބިން ދައުލަތުގެ ބޭނުމަށް ނެގުނީ އޭރު ޢަމަލުކުރަންދިޔަ އިޖުރާއާތުތަކާއި އެއްގޮތަށް ސައްޙަ މަގުންކަމުގައި ބަލަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ބ))
- ވާރުތަވާނެ ތަރިކަ މުދަލަކީ، އެމީހަކު ނިޔައުވިއިރު އެމީހެއްގެ ނަމުގައި ރަޖިސްޓްރީއޮތް ނުވަތަ އެމީހެއްގެ މިލްކުގައި ހުރި އެއްޗަކުން އެމީހެއްގެ ވާރިސުންނަށް ލިބޭ މުދަލެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ބ))
- މީހަކު ނިޔައުވިއިރު އޭނާގެ މިލްކުގައި އަދި އޭނާގެ ނަމުގައި ރަޖިސްޓްރީ ނެތް މުދަލެއް އޭނާގެ ވާރިޘުންނަށް ބަހަންޖެހޭނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް އުޞޫލެއް ނުވާއިރު، ދައުލަތުގެ ބޭނުމަށް ނެގި ބިމެއް އަނބުރާ ގޯތީގެ ރަޖިސްޓްރީ ހެއްދިފައިވާ ވެރިފަރާތާ ދައުލަތުގެ ފަރާތުން ޙަވާލުކޮށްފައިވީނަމަވެސް، އެއީ ނިޔައުވި މީހާގެ ތަރިކައިގެ ގޮތުގައި ދޫކޮށްފައިވި ތަންތަން ކަމުގައި ބަލައި އެބިމުގެ މައްސަލައަކީ އޭނާގެ ވާރިޘުންގެ މެދުގައި ތަރިކައިގެ އުޞޫލުން ނިންމަންޖެހޭ މައްސަލައެއްކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ބ))
- ޤާނޫނު ނަންބަރު 68/4 (ޢާއްމު ޤާނޫނުތައް) ގެ 7 ވަނަ މާއްދާ (A/137-98/HC ގައި ހައިކޯޓުން ކުރިން ކަނޑައެޅި ގޮތުގައި)
- A/137-98/HC
- 71/PCD144
- 16/PCD/71
- C/2012-1444/Cv
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް