ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/443
އާދަމް ޙަލީމް ވ. ފާޠިމަތު އާދަމް، 2019/HC-A/443
Adam Haleem v. Fathimath Adam 2019/HC-A/443 (2019/HC-A/443, High Court of the Maldives, 25 March 2021)
އާދަމް ޙަލީމް ވ. ފާޠިމަތު އާދަމް
މައްސަލައިގެ ޚުލާޞާ
ތަރިކައިގެ ޢިމާރާތްތަކާއި އަމިއްލަ ބިން މަންމައާއި ބައްޕައަށް ހަމަހަމައަށް މިލްކުވާކަމަށް ފެމިލީ ކޯޓުން ނިންމިއެވެ.
ބައްޕަ ހިބައިން ދިން ބިމުގެ 100 އަކަފޫޓު (ބަންޑާރަ 37.5 އަދި އަމިއްލަ 62.5) ލިބިފައިވާ ކާވެނި ނުކުރާ ފިރިހެނަކު ނިޔާވުމުން، އޭނާގެ މަންމަ ތަރިކައިގެ މައްސަލަ ހުށަހެޅިއެވެ؛ ވާރިޘުންނަކީ މަންމައާއި ބައްޕައެވެ، އަދި އެއްބަނޑު އެއްބަފާ އަޚުންނާއި އުޚުތުން ތިއްބެވެ.
ބައްޕަ ބުނީ ވާރިޘުންނަށް ލިބޭ މިންވަރު ބަޔާނުނުކޮށް ދީނާ ޚިލާފަށް ބަހާފައިވާ ކަމަށާއި، މަންމައަށް 6/1 ދީ ބާކީ 6/5 ބައްޕައަށް ލިބެންވާނެ ކަމަށެވެ.
މައިގަނޑު ސުވާލު
ދަރިއަކު ނެތް މަރުވި މީހެއްގެ ތަރިކައިގައި ހިމެނޭ އަމިއްލަ/ބަންޑާރަ ބިން މަންމައާއި ބައްޕައާ ދެމެދު ހަމަހަމައަށް ބެހުމަކީ ތަރިކައިގެ ޝަރުޢީ އުޞޫލާ އެއްގޮތް ނިންމުމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ފޮނުވި (ތަޙުލީލުން)
އަޚުންނާއި އުޚުތުން ތިބުމުން މަންމައަށް ލިބެނީ 6/1 ބައި؛ ވާރިޘުން އެއްބަސްވިކަން ނޭނގޭއިރު އަމިއްލަ ބިން ހަމަހަމައަށް ބެހުމަކީ ތަރިކައިގެ އުޞޫލާ ޚިލާފު؛ ބިމުގެ މިންވަރާއި އަގުކުރުން ދަށުކޯޓުން ކަށަވަރުކުރަންޖެހެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މަރުވި މީހާއަށް ދަރިއަކު ނެތި ވާރިޘުންގެ ގޮތުގައި ތިބީ މަންމައާއި ބައްޕަ ނަމަ، މަންމައަށް ފަރުޟުގެ ގޮތުން 3/1 ބައި ލިބި، ބާކީ ޢަޞަބަތުގެ ގޮތުން ބައްޕައަށް ލިބޭނެއެވެ؛ ނަމަވެސް އެކަކަށްވުރެ ގިނަ އަޚުންނާއި އުޚުތުން ތިބިނަމަ، އެމީހުން ބައްޕަ ހުރުމުން ހަޖުބުވި ނަމަވެސް، މަންމައަށް ލިބޭނީ 6/1 ބައެވެ (ސޫރަތުއްނިސާ 11). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11-12)
- ތަރިކައިގެ މައްސަލަތައް ނިންމުމުގައި ތަރިކަ ހިނގާދިޔަ ގޮތާއި ވާރިޘުންނަށް ލިބޭ މިންވަރު ބަޔާންކޮށްދިނުމަކީ ޢަދުލު އިންޞާފުގެ ބޭނުމަށް މުހިންމު ކަމެކެވެ؛ ވާރިޘުން އެދިއްޖެނަމަ ހަމަހަމަކޮށް ބެހިދާނެ ނަމަވެސް، އެގޮތަށް ވާރިޘުން އެދުނުކަން ނޭނގި ހަމަހަމަކޮށް ބެހުމަކީ ތަރިކަ ހިނގާ ގޮތާ ޚިލާފެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- ބަންޑާރަ ބިމަކީ މަރުވި މީހާގެ ތަރިކައިގައި ހިމެނޭ އެއްޗެއް ނޫންކަމުން ބަންޑާރަ ބިން ބެހެނިވެރިންގެ މެދުގައި ހަމަހަމައަށް ބެހިދާނެއެވެ؛ ނަމަވެސް އަމިއްލަ ބިމަކީ ތަރިކައިގައި ހިމެނޭ މުދަލެއް ކަމުން، ވާރިޘުން ވަކިގޮތަކަށް އެއްބަސްނުވާނަމަ، ކޯޓުން އަމިއްލަ ބިން ބަހައިދެވޭނީ ތަރިކައިގެ އުޞޫލުންނެވެ (2010/SC-A/18). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13-14)
- ތަރިކައިގައި ހިމެނޭ ބިމުގެ ބޮޑުމިނާއި އޮތް ތަން ބިމުގެ ކަންކަން ބަލަހައްޓާ އިދާރާއިން ކަށަވަރުކުރުމާއި ނުއުފުލޭ މުދަލުގެ އަގުކުރުން ފަދަ ކަންކަން ދަށުކޯޓުން އަލުން ކުރަންޖެހޭނަމަ، މައްސަލަ ދަށުކޯޓަށް ތަޙުވީލުކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15-16)
ޙުސައިން ޝަހީދު ތާއީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފް:
1މިއީ، ފެމެލީ ކޯޓުގެ ނަންބަރު: C/2016-Fm/07 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނޫން ކަމަށްބުނެ އޤަޟިއްޔެ އިސްތިއުނާފު ކުރުމުގު ހުއްދައަށް އެދި […] / އާދަމް ޙަލީމު (އައި.ޑީ ކާރޑު ނަންބަރު 074165A) ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް 01 ފެބްރުވރަ 2017 ވަނަ ދުވަހު ހުށަހެޅުމުން، އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އާދަމް ޙަލީމުގެ ފަރާތުން އެކަށީގެންވާ ސަބަބެއް ހުށަހަޅާފައިވާކަމަށް ބެލެވެން ނެތަތީ، އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލަ ބަލައިގތުމުގަ ހުއްދަ ދެވެން ނެތްކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން 07 މާރިޗު 2017 ދުވަހު ނިންމާފައިވާ ނަންބަރު 16/IH/2017-HC ނިންމުން، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެނިންމުން އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު L/121-SC/2017 ފޯމުން، […] އާދަމް ޙަލީމުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެމައްސަލަ ބަލައނުގަތުމަށި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވާ ނިންމުން އަލުން މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅުމުން، އެމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލި އެކޯޓުގެ ނަންބަރު A/33-SC/2019 ޤަޟިއްޔާއިން އާދަމް ޙަލީމުގެ ފަރާތުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ފެމެލީ ކޯޓުގެ ނަންބަރު C/2016-Fm/07 ޤަޟިއްޔާ ނިންމަވާފައިވަނީ ތަރިކައިގެ މައްސަލައެއް ކޯޓުން ނިންމުމުގައި ބަލަންޖެހޭ ޝަރުޢީ އުޞޫލުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ބަލައި ރިޢާޔަތް ކުރެވިގެންކަމަށްނުވާކަން އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 16/IH/2017-HC ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައި، އާދަމް ޙަލީމުގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހެޅި ފެމެލީ ކޯޓުގެ ނަންބަރު C/2016-Fm/07 ޤަޟިއްޔާއަކީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފަށް ބަލައިގަނެ، މިމައްސަލައިގެ މައުޟޫޢުގެ މައްޗަށް އިސްތިއުނާފީ ނޒަރަކުނަ ބަލައި ފައިޞަލާކުރަނިވި ޙުކުމަކުން ނިންމުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓަށް ފެމެލީ ކޯޓުގެ ނަންބަރު C/2016-Fm/07 ޤަޟިއްޔާ ތަޙްވީލުކުރުމުން ބެލި ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ދަފްތަރު ނަންބަރު ރސ 165، ފާޠިމަތު އާދަމް (އައި.ޑީ ކާރޑު ނަންބަރު 025806A) އެވެ. ފެމެލީ ކޯޓުން މައްސަލަ ނިންމި ގޮތް:
2ފެމެލީ ކޯޓުގެ ނަންބަރު C/2016-Fm/07 ޤަޟިއް ޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއާ ކ، ދަފްތަރު ނަންބަރު 651 / ފާޠިމަތު އާދަމުގެ ދަރިފުޅު […] ޢަބްދުﷲ ޝިހާމް 20 މާރިޗު 2009 ގައި ނިޔައުވެފައިވާކަމަށްބުނެ ޢަބްދުﷲ ޝިހާމުގ ތަރިކައިގެ މައްސަލެ ނިންމަވާ ދެއްވުން އެދި ފާޠިމަތު އާދަމްގެ ފަރާތުން […] އަޙްމަދް އިމްތިޔާޒު ހުށަހެޅުމުން ބައްލަވާފައިވާ މައްސަލައެކެވެ. އެޤަޟިއްޔާގައި ޙުކުމކް ރައްވުފައިވަނީ؛ [ދެންފަހެ، […] ޢަބްދު ﷲ ޝިހާމް 20 މާރިޗު 2009 ގައި ނިޔައުވެފައިވާކަމާއި، ޢަބްދު ﷲ ޝިހާމް ނިޔައުވިއިރު އޭނާގެ ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބީ އޭނާގެ މަންމަ ދަފްތަރު ނަންބަރު 651 ފާޠިމަތު އާދަމް އާއި، ބައްޕަ […] އާދަމް ޚަލީމް އާއިއެކު ޖުމްލަ 02 (ދޭއް) ވާރިޘުންކަމާއި، ތަރިކައިގައި ހުރީ […] އެވެ ކިޔާ އަމިއްލަ / ބަންޑާރަ ގޯތިން ޢަބްދުﷲ ޝިހާމްއަށްވާ 100 (އެއްސަތޭކަ) އަކަފޫޓުގެ ތެރޭގައި ހިމެނޭ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި އަމިއްލަ ބިންކަން ހެކީންނާއި ވާރިޘުންގެ ބަހުންނާއި ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުން ޘާބިތުވ އެނގެނެ އޮންނާތީ، މިތަރިކައިގައި ހިމެނޭ މަތީގައި ނަންގަނެވިގެން ވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި، އަމިއްލަ ބިން މިތަރިކައިން ލިބެންތިބި 02 (ދޭއް) ވާރިޘުން ކަމުގައިވާ މަރްޙޫމް ޢަބްދުﷲ ޝިހާމްގެ މަންމަ ދަފްތަރު ނަންބަރު 651 ފާޠިމަތު އާދަމް އާއި ބައްޕަ […] އާދަމް ޚަލީމްއަށ ހަމަހަމައަށް މިލްކުވެއްޖެކަމަށް ކަނޑައަޅައް ޙުކުމްކޮށް މައްސަލަ ނިންމީއެވެ." މިފަދައިންނެވެ. އިސްތިއުނާފީ ނުކުތާތައް:
3ފެމެލީކޯޓުގެ ނަންބަރު C/2016-Fm/07 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށބުނ އެ ޤަޟިއްޔް އިސްތިއުނާފު ކުރުމަށް އެދި އިސްތިއުނާފުކުރް […] / އާދަމް ޙަލީމގު ފަރާތުން ތިރީގައިވާ ނުކުތތައާ ހުށަހަޅާ އެނުކުތތަކާއާ ބެހި ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
13.- ފެމެލީކޯޓުގެ ނަންބަރު C/2016-Fm/07 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ތަފާތުކުރުމާއި އިސްލާމް ދީނުގައި އޮންނަގޮތާ ޚިލާފަށް ވާރިޘުންނަށް ލިބެންވާ މިންވަރު (ބައްޕައަށް ލިބެންވާ މިންވަރު އަދި މަންމައަށް ލިބެންވާ މިންވަރު) ބަޔާންކުރުމެއްނެތި ބައްޕަގެ ޙައްޤު ނިގުޅައިގަނެ ދީނުގައިވ ގޮތާ ޚިލާފަށާ ބަހައި ވާރުތަވެރިންނަށް ބައިދީގެން ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. .23- ޝަރީޢަތުގައިވާ މަގުން (ތަރިކައިގެ އުސޫލުން) ބައިދީގެން ބަހާނަމަ މަންމައަށް 6/1 ބައި ދިނުމަށްފަހު ބާކީ 6/5 ބަޔަކީ ބައްޕައަށް މިލްކުވާ ނިސްބަތްކަމަށްވާއިރު، އެއުސޫލާ ޚިލާފަށް ފެމެލީ ކޯޓުގެ ނަންބަރު C/2016-Fm/07 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
4[…] އާދަމް ޙަލީމުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ (996 އަކަފޫޓު) ބަންޑާރަ (112.43 އަކަފޫޓު) އެކު ޖުމްލަ 1108.43 އަކަ ފޫޓުގެ އަމިއްލަ ބަންޑާރަ ބިމެކެވެ. އާދަމް ޙަލީމްގެ ފަރާތުން މިގޯތި ހިބައިން ދިނުމަށް 22 ނޮވެންބަރު 2007 ގައި މަދަނީ ކޯޓަށް މައްސަލަ ހުށަހެޅިއެވެ. މައްސަލަ ހުށަހަޅަމުން ބުނެފައިވަނީ؛ ....."މައްސަލައަކީ އަޅުގަނޑުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […] އަމިއްލަ 996 ބަންޑާރަ 112.43 އެކު ޖުމްލަ 1108.43 އަކަފޫޓުގެ އަމިއްލަ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލުން އަޅުގަނޑަށް 11/1 ބައި ބާއްވާ ދެންއޮތް 11/10 ބައި އަޅުގަނޑުގެ މިލްކުން ކަނޑައި އަޅުގަނޑުގެ 9 ދަރިން […] މުޙައްމަދު އިމްތިޔާޒްއާއި، ފާތުމަތު ފަޒްނާ އާއި، ޢަބްދު ﷲ ޝިހާމާއި، ޙުސައިން ފަޒީލް އާއި، ޢަބްދުﷲ ފަޒީންއާއ އަނބި […] ރުޤިއްޔާ އިދުރީސް އާއި މި 10 މީހުންނަށް މިބައި ހަމަހަމަވާގޮތަށް މި 11/10 ބައިގައި ހިމެނޭ ޢިމާރާތް ތަކާއި ނުއުފުލޭމުދަލާއި އަމިއްލަ ބިން ހިބައިން ދިނުމުގެ މައްސަލައެވެ......ހިބައިން ދިނުމަށް ބޭނުންވާ ގޮތަކީ މިގޯތީގެ ހުޅަނގުން އޮތް 300 އަކަފޫޓްގެ ބައިގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ އަޅުގަނޑުގެ ދަރިންކުރެ އައިމިނަތު ޝެހެނާޒްއާއި، އަޙްމަދު އިމްތިޔާޒް އާއި ޢަބްދުﷲ ޝިހާމްއަށ ދެން އޮތްބައިގައި އަޅުގަނޑަށްވާ 11/1 ބައި އޮންނަ ގޮތަށް މިގޯތީގެ އިރުމަތީ 808.43 އަކަފޫޓްގެ ބައިގައި ހިމެނޭ ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ 7 ބައި އަޅުގަނޑުގެ ދަރިންކުރެ މުޙައްމަދު އިމްތިޔާޒްއާއި، މަރިޔަމް އަހުލާމާއާއި، އައިޝަތު ފަޒީލާއާއި ފތުމަތާ ފަޒްނާއާއި، ޙުސައިން ފަޒީލްއާއި ޢަބްދުﷲ ފަޒީންއާއި، އަނބި ރުޤިއްޔާ އިދުރީސްއަށް ހަމަހަމަވާގޮތަށް ހިބަކޮށްދިނުމަށެވެ." މިފަދައިންނެވެ. އަދި މިހިބަ ދިން ގޮތަށް މިހިބައިގެ ބައިވެރިން ވަނީ މިހިބަ ޤަބޫލުކޮށްފައެވެ. އަދި އާދަމް ޙަލީމްގެ ފަރާތުން ހުށަހެޅި ގޮތަށް ގޯތީގެ ހުޅަނގުން އޮތް 300 އަކަފޫޓު އަމިއްލަ ބަންޑާރަ ބިމުގައިވާ އަމިއްލަ ބިމާއި، ޢިމާރާތްތަކާއި، ނުއުފުލޭ މުދާ އާދަމް ޙަލީމްގެ ދަރީންކުރެ އާމިނަތު ޝެހެނާޒް އާއި، އަޙްމަދު އިމްތިޔާޒުއާއި، ޢަބްދުﷲ ޝިހާމްއަށް ހަމަހަމަވާގޮތަށް އަދި މިގޯތީގެ އިރުމައްޗަށް އޮތް 3808.4 އަކަފޫޓުގެ އަމިއްލަ ބަންޑާރަ ބިމުގައިވާ އަމިއްލަ ބިމާއި ޢިމާރާތާއި ނުއުފުލޭ މުދަލުގެ މިލްކުވެރި ކަމުގައި މިބައިގައި ހިމެނޭ މީހުންނއާ އެއްވަރުގެ ބައެއް އާދަމް ޙަލީމްއަށް އޮންނަ ގޮތަށް، ދެން އޮތް ބައިގެ އަމިއްލަ ބިމާއި، ޢިމާރާތްތަކާއި، ނުއުފުލޭ މުދާ އާދަމް ޙަލީމުގެ ދަރިންކުރެ މުހައްމަދު އިމްތިޔާޒްއާއި، މަރްޔަމް އަހްލާމާއާއި، އާއޝަތި ފަޒީލާއާއި، ފާތިމަތު ފަޒްނ އާއާ ޙުސައިން ފަޞީލްއާއި ޢަބްދުﷲ ފޟަން އާއި އަނބި ރުޤިއްޔާ އިދުރީސް އަށް ހަމަހަމަވާގޮތަށް ހިބަކޮށް ދިނުމުން މިހިބަކޮށްދިނ ގޮތަށް މިހިބަ ލިބުނު ފަރާތްތަކުން ހިބަ ޤަބޫލުކޮށްފައިވާތީ، މިހިބަ ޞައްޙަކަމަށާއި، މިހިބައިގެ ސަބަބުން މި ގޯތީގެ ދެބައިންކުރެ އެއްބައެއްގައި ޝާމިލްވާބައަކަށް މިހިބައިގައި ހިމެނޭ . މަދަނީ ކޯޓުގެ ނަންބަރު 1951/MC/2007 ޤަޟިއްޔާގައި 14 ޖަނަވަރީ 2008 ދުވަހު އާދަމް ޙަލީމް ދީފައިވާ ބަޔާން. . މަދަނީ ކޯޓުގެ ނަންބަރު 1951/MC/2007 ޤަޟިއްޔާގައި 14 ޖަނަވަރީ 2008 ދުވަހު މުޙައްމަދު އިމްތިޔާޒާ އ، ޙުސައިން ފަޒީލް އާއި، ޢަބްދުﷲ ފަޒީން އާއި، އައިމިނަތު ޝެހެނާޒް އާއި، މަރިޔަމް އަހުލާމާއާއި، އަހްމަދު އިމްތިޔާޒް އާއި، އާއިޝަތު ފަޒީލާއާއި، ރުޤިއްޔާ އ ދުރީސްއާއި، ފާތުމަތު ފަޒްނ އާއާ އަދި ޢަބްދުﷲ ޝިޙާމްގެ ފަރާތުން ދީފައިވާ ބަޔާން. އަމިއްލަ ބިމާއި ޢިމާރާތްތައް ހިބަކޮށްފައިވ ގޮތަށާ ހިބަލިބުނު ފަރާތްކަށ މިލްކުވެގެންވާކަމަށް ކަނޑައަޅައިފައިވާކަން މަދަނީ ކޯޓުގެ ނަންބަރު 1951/MC/2007 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
5އެއަށްފަހު […] އިން ހިބަ ލިބުނު ފަރާތްތަކުގެ ތެރެއިން […] އާމިނަތު ޝެހެނާޒަށް […] އެވެ ކިޔާ ބަންޑާރަ ގޯތިންވ ބައިގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ތަކެތި […] އާމިނަތު ޝެހެނާޒްގެ ތިބި 02 ކުދިންނަށް ހަމަހަމަވާގޮތަށް ހިބައިންދިނުމަށ އެދް އާމިނަތު ޝެހެނާޒްގެ ފަރާތުން 19 އޮކްޓޫބަރު 2009 ގައި މައްސަލައެއް މަދަނީ ކޯޓަށް ހުށަހެޅުމުން މަދަނީ ކޯޓުގެ ނަންބަރު 2494/MC/2009 ޤަޟިއްޔާއިން މިމައްސަލަ ބަލައި، އާމިނަތު ޝެހެނާޒްގެ ދެކުދިންނަކީ ކުޑަކުދިން ކަމުގައިވާތީ މިކުދިންގެ ފަރާތުން މިކުދީންގެ މަންމަ އާމިނަތު ޝެހެނާޒް ޝަރީޢަތުގެ މަޖިލީހުގައި މިހިބަ ޤަބޫލުކޮށް ބަލައިގެންފައިވާތީ، މިހިބައަކީ ޞައްޙަ ހިބައެއްކަމަށް ނިންމާފައިވެއެވެ.
6ދަފްތަރު ނަންބަރު 651 / ފާޠިމަތު އާދަމުގެ ދަރިފުޅު […] ޢަބްދުﷲ ޝިހާމް 20 މާރިޗު 2009 ގައި ނިޔައުވެފައިވތީ، ޢަބްދުﷲ ޝިހާމުގ ތަރިކައިގެ މައްސަލެ ނިންމަވާ ދެއްވުން އެދި އޭނާގެ މަންމަ ފާޠިމަތު އާދަމްގެ ފަރާތުން ފެމެލީ ކޯޓަށް 04 ޖަނަވަރީ 2016 ގައި މައްސަލަ ހުށަހަޅާފައިވެއެވެ. މިމައްސަލަ ބަލާފައިވަނީ ފެމެލީ ކޯޓުގެ ނަންބަރު C/2016-Fm/07 ޤަޟިއްޔާ އިންނެވެ. ފެމެލީ ކޯޓުން މިމައްސަލަ ނިންމަވާފައިވަނީ ޢަބްދުﷲ ޝިހާމުގެ ތަރިކައިގައި ހުރީ […] އެވެ ކިޔާ އަމިއްލަ ބަންޑާރަ ގޯތިން ޢަބްދުﷲ ޝިހާމްއަށްވާ 100 (އެއްސަ ތކަ) އަކަފޫޓުގެ ތެރޭގައި ހިމެނޭ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި އަމިއްލަ ބިންކަން ހެކީންނާއި ވާރިޘުންގެ ބަހުންނާއި ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުން ޘާބިތުވ އެނގެނެ އޮންނާތީ، މިތަރިކައިގައ ހިމެނި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި، އަމިއްލަ ބިން މިތަރިކައިން ލިބެންތިބި 02 (ދޭއް) ވާރިޘުން ކަމުގައިވާ މަރްޙޫމް ޢަބްދުﷲ ޝިހާމްގެ މަންމަ ދަފްތަރު ނަންބަރު 651 / ފާޠިމަތު އާދަމް އާއި ބައްޕަ . މަދަނީ ކޯޓުގެ ނަންބަރު 2494/MC/2009 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް […] / އާދަމް ޙލީމްއަށ ހަމަހަމައަށް މިލްކުވެއްޖެކަމަށް ކަނޑައަޅަ އެވެ. މިމައްސަލަ ނިންމަވާފައިވާއިރު، މަރްޙޫމް ޢަބްދުﷲ ޝިހާމަށ ހިބައިން ލިބިފައިވާ މިންވަރުގެ ތެރޭގައި ހިމެނޭ އަމިއްލަ ބަންޑާރަ ބިމުގެ ނިސްބަތް އެނގކޭ ށ ނެތެވެ.
7އާދަމް ޙަލީމުގެ ފަރާތުން އިޝާރާތްކުރެވުނު ފެމެލީ ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފުކުރުމގެ ހުއްދަ އަށް އެދު 01 ފެބރުވް ރ 2017 ގައި ވަނީ މިކޯޓަށް ހުށަހަޅާފައެވެ. އާދަމް ޙަލީމުގެ ފަރާތުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އެކަށީގެންވާ ސަބަބެއް ހުށަހަޅާފައިވާކަމަށް ބެލެވެން ނެތަތީ މިމައްސަލަ ބަލައިގަތުމުގެ ހުއްދަ ދެވެން ނެތްކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުންވަނީ ނިންމާފައެވެ. މިނިންމުން އާދަމް ޙަލީމުގެ ފަރާތުންވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސކޮށްފައެވެ. އާދަމް ޙަލީމުގެ ފަރާތުން ހައިކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުގެ ހުއްދައަށް އެދި އެކޯޓުގެ ނަންބަރު L/121-SC/2017 ފޯމުން ހުށަހެޅުމުން އެމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްދިނުމަށް އެދި އޭރު ހުށަހެޅުނު ކަންކަމާއި ގުޅިގެން އެމައްސަލަ ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. އޭގެ ފަހުން އާދަމް ޙަލީމުގެ ފަރާތުން އަނެއްކާވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޝާރާތްކުރެވުނު ނިންމުން މުރާޖައާކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 11 ޖޫން 2018 ގައި ވަނީ ހުށަހަޅާފައެވެ. އަދި މިހުށަހެޅުމާއި ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ އިލްތިމާސްކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/33-SC/2019 ޤަޟިއްޔާއިން މިމައްސަލަ ބައްލަވާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 16/IH/2017-HC ނިންމުން ބާޠިލްކޮށް، އާދަމް ޙަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެ، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އުޞލުތަކޫ އެއްގޮތްވާ . ފެމެލީ ކޯޓުގެ ނަންބަރު C/2016-Fm/07 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 16/IH/2017-HC އިސްތިއުނާފުކުރުމުގެ ހުއްދައަށް އެ ދ ހުށަހެޅި މައްސަލައާމެދު ނިންމި ގޮތް . ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު J/44-L-SC/9201 މައްސަލަ ހުށަހެޅުމުގެ ހުއްދަ ދޭ ލިޔު ން (15 އޭޕްރިލް 2019) ގޮތުގެމަތިން ހައިކޯޓުން އެމައްސަލަ އަލުން ބަލައި ފައިޞަލާކުރަނިވި ޙުކުމަކުން ނިންމުމަށްޓަކައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެމައްސަލަ ތަޙްވީލުކުރުމަށް ކަނޑައަޅައި ޙުކުމް ކޮށްފައިވެއެވެ.
8ފެމެލީ ކޯޓުގެ ނަންބަރު C/2016-Fm/07 ޤަޟިއްޔާއި ސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނިކޮށް، އާދަމް ޙަލީމުގެ ފަރާތުން މަދަނީ ކޯޓުގެ ނަންބަރު 1951/MC/2007 ޤަޟިއްޔާއިން އޭނާގެ ތިން ދަރިންނަށް ދީފައިވާ ހިބަ އަނބުރާ އަތުލުމަށް އެދި 24 ޖަނަވރަ 2017 ގައި ފެމެލީ ކޯޓަށް މައްސަލައެއް ހުށަހެޅުމުން އެމައްސަލަ ފެމެލީ ކޯޓުގެ ނަންބަރު C/2017-Fm/169 ޤަޟިއްޔާއިން ވަނީ ބަލާފައެވެ. މިޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ؛ "ދެންފަހެ، އިސްވެ ބަޔާންވެދިޔަ ބަޔާންތަކަށާއި، ފާހަގަ ކުރެވުނު ނުކުތާތަކުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކުރުމުން […] އާދަމް ޙަލީމުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ […] ކިޔާ އަމިއްލަ ބަންޑާރަ ގޯތީގެ ބިމާ ޢިމާރާތްތައް ހިމެނޭގޮތަށް އެގޯތީގެ ހުޅަނގުން އޮތް 300 އަކަފޫޓުގެ އަމިއްލަ ބިމާއި ޢިމާރާތްތަކުން އާދަމް ޙަލީމްގެ ދަރީންގެ ތެރެއިން […] އާމިނަތު ޝެހެނާޒްއާއި، އަޙްމަދު އިމްތިޔާޒްއަށ މަދަން ކޯޓުގެ ނަންބަރު 1951/MC/2007 ޤަޟިއްޔާގައި ހިބަކޮށް ދީފައިވާ ދިނުން އަނބުރާ އަތުލުމަށް އެދި އާދަމް ޙަލީމް ހުށަޅުއްވާފައިވާ މިމައްސަލަ ޝަރީޢަތުން ބެލުމުން […] އާމިނަތު ޝެހެނާޒްއާއި، އަޙްމަދު އިމްތިޔާޒްއަށ އާދަމް ޙަލީމްކޮށްފައިވަ ހިބަ އެދެމީހުންގެ ފަރާތުން އެހެން ފަރާތްތަކަކަށް ނަޤުލުވެފައިވާކަނ އެނގެން އޮންނާތީ އާދަމް ޙަލީމް ހުށަހަޅުއްވާފައިވާ ގޮތަށް […] އާމިނަތު ޝެހެނާޒްއާއި، އަޙްމަދު އިމްތިޔާޒްއަށް މަދަނީ ކޯޓުގެ ނަންބަރު 2007/MC/1951 ޤަޟިއްޔާގައި ހިބަކޮށް ދީފައިވާ ދިނުން […] އާމިނަތު ޝެހެނާޒްއާއި، އަޙްމަދު އިމްތިޔާޒްގެ ކިބައިން އަނބުރާ އަތުލައިދެވޭނޭ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ. ފެމެލީ ކޯޓުގެ ނަންބަރު C/2017-Fm/169 ޤަޟިއްޔާ ގައި ކޮށްފައިވާ ޙުކުމާއިމެދު ހިތްހަމ ނުޖެހިގެން އާދަމް ޙަލީމުގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/78-HC/2018 ޤަޟިއްޔާއިން އެމައްސަލަ ބައްލަވައި ފެމެލީ ކޯޓުގެ ނަންބަރު C/2017-Fm/169 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކުރައްވައި ވަނީ ނިންމާފައެވެ. ފާހަގަކުރެވުނު ނުކުތާތައް:
9ފެމެލީ ކޯޓުގެ ނަންބަރު C/2016-Fm/07 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އާދަމް ޙަލީމުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާ ތކަ ގުޅިގެން މައްސަލއިގައަ ހިމެނި ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
10އާދަމް ޙަލީމުގެ ފަރާތުން ފެމެލީ ކޯޓުގެ ނަންބަރު C/2016-Fm/07 ޤަޟއްޔި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރަމުން ފާހަގަކޮށްފައިވަނީ ފެމެލީ ކޯޓުގެ ނަންބަރު ޤަޟިއްޔާ ނިންމފައިވަނާ އިސްލާމް ދީނިގައި އޮންނަ ގޮތާ ޚިލާފަށް ވާރިޘނު ނަށް ލިބެންވާ މިންވަރު ބަޔާންކުރުމެއްނެތި، އިސްލާމީ ޝަރީޢަތުގައި ވާރުތަ މުދަ ބެހުމަށް ހަމަޖެހިފައިވާ ގޮތާއި މުޅިން ޚިލާފަށްކަމަށެވެ. އަދި ފެމެލީ ކޯޓުން މައްސަލަ ނިން މި އިރު މަރްޙޫމް ޢަބްދުﷲ ޝިހާމަށ ހިބައިން ލިބިފައިވާ މިންވަރުގެ ތެރޭގައި ހިމެނޭ އަމިއްލަ ބަންޑާރަ ބިމުގެ ނިސްބަތް އެނގެން ނެތްކަމަށެވެ.
11ޕްރިސިޑެންސް 1ޕްރިސިޑެންސް 2އިސްތިއުނާފު ކުރެވިފައިވާ މައްސަލކީ […] އަލްމަރުޙޫމް ޢަބްދުﷲ ޝިހާމްގެ ތަރިކައެވެ. ޢަބދް ﷲ ޝިހާމް ނިޔާވިއިރު އޭނާއަކީ ކާވެންޏެއ ނުކޮށް ހުރް މީހެކެވެ. އެހެންވެ، އޭނާގެ އަންބެއް އަދި ދަރިއަކު ނެތެވެ. ތަރިކައިން ބައި ލިބެން ތިބި ވާރިޘުންނަކީ ޢބަ ދ ﷲ ޝިހާމްގެ މަންމަ ދަފްތަރު ނަންބަރު 651 / ފާތިމަތު އާދަމް އާއި އޭނާގެ ބައްޕަ […] / އާދަމް ޙަލީމެވެ. މީގެ އިތުރުން، ތަރިކައިން ބައި ނުލިބޭ ނަމަވެސް ތަރިކައިން ބައި ލިބޭ ފަރާތްތަކަށް، އެބަޔަކު ތިބުމުގެ ސަބަބުން އަސަރުކުރާނެ އެހެން ވާރިޘުންތަކެއް ކަމަށްވާ، ޢަބްދުﷲ ޝިހާމްގެ އެއްބަނޑު އެއްބަފާ އަޚުންނާއި އުޚުތުން ދުނިޔޭގައި ތިބިކަން އެނގެއެވެ. މުވައްރިޘު ނިޔާވިއިރު އޭނާ ދަރިއަކު ނެތި ވާރިޘުންގެ ގޮތުގައި ތިބީ ހަމައެކަނި އޭނާގެ މަންމަ އާއި ބައްޕނަމަ، މަންމަ އަށް ފަރުޟުގ ގޮތުނެ ލިބިދޭންޖެހޭ މިންވަރަކި 3/1 ބައެވެ. ބާކީ 3/2 ބައި ލިބިގެންދާނީ ޢަޞަބަތުގެ ގޮތުން ބައްޕައަށެވެ. ނަމަވެސް މުވައްރިޘުގެ ދަރިއަކު ނެތްނަމަވެސް އޭނާގެ އަޚުންނާއި އުޚުތުން އެކަކަށްވުރެ ގިނައިން ތިބިނަމަ، މަންމައަށް ފަރުޟުގ ގޮތުނެ ލިބިދޭންޖެހޭ މިންވަރަކީ 6/1 ބައެވެ. ބާކީ 6/5 ބައި ޢަޞަބަތުގެ ގޮތުން ބައްޕަ އަށެވެ. މިޙާލަތުގައި މަރުވިމީހާގެ އަޚުންނާއި އުޚުންތުންނަށް މަރުވިމީހާގެ ތަރިކައިން ބައި ނުލިބެނީ އެންމެ ގާތް ޢަޞަބަތްތެރިއެއްގ ގޮތުނެ މަރުވި މީހާގެ ބައްޕަ ހުރުމުގެ ސަބަބުން އަޚުންނާއި އުޚުތުން ހަޖބު ވެގެން ދާތީ އެވެ. ނަމަވެސް އެއަޚުންނާއި އުޚުތުން ތިބުމުގެ ސަބަބުން މަންމައަށް ލިބޭ ބަޔަށް އަސަރު ކުރެއެވެ. ވީމާ ތަރިކައިގެ މައްސަލަތައް ނިންމުމުގައި އެތަރިކަ ހިނގާދިޔަ ގޮތް ބަޔާންކޮށްދިނުމަކީ ޢަދުލު އިންޞާފުގެ ބޭނުމަށް މުހިންމު ކަމެއްކަމަށް ވާނެއެވެ. ފެމެލީ ކޯޓުގެ ނަންބަރު C/2016-Fm/07 ޤަޟިއްޔާގައި ޙުކުމް ކުރެއްވއިރި މިއިން އެއްވެސް ކަމެއް ބަޔާންކޮށްފައެއް ނެތެވެ. އަދި މިމައްސަލައިގައި ތަރިކަ ހިނގާގޮތާއި ޚިލާފަށް މަންމައާއި ބައްޕައާ ދެމީހުންގެ މެދުގައި ހަމަހަމަކޮށް ތަރިކަ ބަހައި ނިންމާފައިވެއެވެ. ވާރިޘނު ބޭނުންވަނީ ހަމަހަމަކޮށް ބަހަންކަމަށްވާނަމަ އެގޮތަށް ބެހިދާނެއެވެ. ނަމަވެސް، މިމައްސަލާގައި ހަމަހަމަކޮށް ބަހާފައިވާނީ ދެ ވާރިޘުން ބޭނުންވެގެންކަން އެނގޭކަށްނެތެވެ. އަދި މިތަރިކައިން ހަމަހަމަ ކުރެވޭނެ މިންވަރެއް އަދި ތަރިކައިގެ އުޞޫލުން ބަހަންޖެހޭ މިންވަރެއްވެސް ބެލިފައެއް ނެތެވެ.
12މަރްހޫމް ޢަބްދުﷲ ޝިހާމް ނިޔާވިއިރު އެނާގެ ތަރިކައިގެ ގޮތުގައި ހުރީ […] އެވެ ކިޔުނު އަމިއްލަ / ބަންޑާރަ ގޯތިން ޢަބްދުﷲ ޝިހާމްއަށްވާ 010 އަކަ ފޫޓު ތެރޭގައި ހިމެނޭ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި އަމިއްލަ ބިންކަން ހެކީންނާއި ވާރިޘުންގެ ބަހުންނާއި ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ވާރިޘުންގެ ބައި ލިބެންތިބި މަރްހޫމްގެ މަންމަ އާއި ބައްޕައާ ދެމީހުންގަ ..." 11) (...ފަހެ، އޭނާޔަށް ދަ ރިޔަކު ނުވާނަމަ، އަދި، (ހަމައެކަނި) އޭނާގެ މަންމަޔާއި ބައްޕަޔަށް ވާރުތައަރާނަމަ، ފަހެ، އޭނާގެ މަންމަޔަށް ތިންބައިކުޅަ އެއްބަޔެވެ. (ދެންހުރި އެއްޗެއް ބައްޕަޔަށެވެ."...) ..." 11) (ފަހެ، އެ މަރުވި މީހާޔަށް أخ ންނާއި، أخت ން (އެކަކަށްވުރެ ގިނައިން) ތިބިނަމަ، ފަހެ، އޭނާގެ މަންމަޔަށް ހަބައިކުޅަ އެއްބަޔެވެ.) . ފެމެލީ ކޯޓުގެ ނަންބަރު C/2016-Fm/07 ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 2 ވަނަ ނުކުތާ މެދުގައި […] އެވެ ކިޔާ އަމިއްލަ / ބަންޑާރަ ގޯތިން އަލްމަރުޙޫމް ޢަބްދުﷲ ޝިހާމްއަށްވާ 100 އަކަ ފޫޓުގެ އަމިއްލަ ބަންޑާރަ ބިމުގެ ތެރޭގައި ހިމެނޭ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި އަމިއްލަ ބިން މަރުޙޫމްގެ މަންމައާއި ބައްޕައާ ދެމީހުންގެ މެދުގައި ހަމަހަމައަށް ބަހާފައިވެއެވެ.
13ޕްރިސިޑެންސް 3ބަންޑާރަ ގޯތީގެ ބިމުގައި ހުންނަ ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބެހެނިވެރިންގެ މެދުގައި ހަމަހަމަވާ އުޞޫލުން ބިން ބެހުމަކީ ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމުގައި ޢަމަލު ކުރަމުން އަންނަ އުޞޫލުކަނ އެނގެން އޮވެއެވެ. ސަބަބަކީ ބަންޑާރަ ބިމަކީ މަރުވި މީހާގެ ތަރިކައިގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމުގައި ނުވާތީއެވެ. މިއާ ޚިލާފަށް، އަމިއްލަ ބިމަކީ ތަރިކައިގައި ހިމެނޭ މުދަލެކެވެ. އެހެންކަމުން، ވާރިޘުން ވަކިގޮތަށ އެއްބަސް ނުވާނަމަ، އަމިއްލަ ބިން ކޯޓުން ބަހައި ދެވޭނީ ތަރިކައިގެ އުޞޫލުންނެވެ.
14[…] އެވެ ކިޔާ އަމިއްލަ ބަންޑާރަ ގޯތީގައި އަމިއްލަ ބިމާއި ބަންޑާރަ ބިން ހިމެނިފައިވާ ގޮތައް ބަލާއިރު، އަމިއްލަ ބިމުގެ ބޮޑުމިނަކީ 996 އަކަފޫޓެވެ. ބަންޑާރަ ބިމުގެ ބޮޑުމިނަކީ 112.43 އަކަފޫޓެވެ. މުޅި ގޯތީގެ ބޮޑު މިނަކީ ޖުމްލަ 1108.43 އަކަފޫޓުގެ ބަންޑާރަ އަމިއްލަ ބިމެވެ. މިގޯތި ހިބައިން ދީފައިވާ ގޮތަށް ބަލާއިރު، ގޯތީގެ ހުނޅަގުން އޮތް 300 އަކަފޫޓުގެ އަމިއްލަ ބަންޑާރަ ބިމުގައިވާ އަމިއްލަ ބިމާއި ޢިމާރާތްތަކާއި ނުއުފުލޭ މުދާ ލިބިދީފައިވަނީ އާމިނަތު ޝެހެނާޒް، އަޙްމަދު އިމްތިޔާޒް އަދި ޢަބދް ﷲ ޝިހާމްއަށް ހަމަހަމަ ކޮށެވެ. އަދި ގޯތީގެ އިރުމައްޗަށް އޮތް 808.43 އަކަފޫޓުގެ އަމިއްލަ ބަންޑާރަ ބިމުގައިވާ އަމިއްލަ ބިމާއި، ޢިމާރާތްތަކާއި ނުއުފުލޭ މުދައު ލިބިދީފައިވަނީ، މިބައި ލިބިދޭ މީހުންނަށް ލިބޭ ވަރުގެ ބައެއް އާދަމް ޙަލީމަށް އޮންނަ ގޮތަށް، މުޙައްމަދު އިމްތިޔާޒް، މަރްޔަމް އަޙްލާމާ، ޢާއިޝަތު ފަޟީލާ، ފާޠިމަތު ފަޒްނާ، ޙުސައިން ފަޟީލް، ޢަބދް ﷲ ފަޟީލް އަދި ރުޤިއްޔާ އިދުރީސް އަށެވެ. އެހެންކަމުން، މުޅި ގޯތީ ގައިވާ އަމިއްލަ ބިމުގެ ތެރެއިން . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/18-SC/2010 ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ (ރ) މަދަނީ ކޯޓުގެ ނަންބަރު 1951/MC/2007 ޤަޟިއްޔާގެ ޙުކުމް. )187.5=808.43-996( 187.5 އަކަފޫޓުގެ އަމިއްލަ ބިން ހިމެނިފައިވަނީ ކުރިން ބަޔާންކުރި 300 އަކަފޫޓުގެ އަމިއްލަ ބަންޑާރަ ބިމުގެ ތެރޭގައިކަން އނެ ގެއެވެ. ވީމާ އާމިނަތު ޝެހެނާޒް، އަޙްމަދު އިމްތިޔާޒް އަދި ޢަބދް ﷲ ޝިހާމްއަށް ލިބިދީފައިވާ 300 އަކަފޫޓުގެ ބަންޑާރަ/އަމިއްލަ ބިމުގައި ބަންޑާރަ ބިމާއި އަމިއްލަ ބިން ހިމެނިފައިވަނީ
112.5 އަކަ ފޫޓުގެ ބަންޑާރަ ބިން އަދި 187.5 އަކަ ފޫޓުގެ އަމިއްލަ ބިން ޖުމްލަ 300 އަކަ ފޫޓުގެ ބަންޑާރަ/އަމިއްލަ ބިންކަން އެނގެއެވެ. މިއުޞޫލުން ބަލާއިރު، އާމިނަތު ޝެހެނާޒް، އަޙްމަދު އިމްތިޔާޒް އަދި ޢަބްދުﷲ ޝިހާމްއަށ ހަމަހަމަކޮށް ލިބިދީފައިވާ ބަންޑާރަ/އަމިއްލަ ބިމުގައަ މި 3 މީހުން ކުރެ ކޮންމެ މީހަކަށް ބަންޑާރަ ބިމުން 37.5 އަކަފޫޓު އަދި އަމިއްލަ ބިމުން 62.5 އަކަފޫޓު ޖުމްލަ 100 އަކަފޫޓުގެ ބަންޑާރަ އަމިއްލަ ބިން ލިބިފައިވާކަން އނެ ގެއެވެ. އަލްމަރުޙޫމް ޢަބދް ﷲ ޝިހާމްގެ ތަރިކައިގައި ހިމެނޭ 37.5 އަކަފޫޓު ބަންޑާރަ ބިންކޮޅު ވާރިޘުންގެ މެދުގައި ހަމަހަމަކޮށް ބަހައި ދެވުނުނަމަވެސް، ޢަބްދުﷲ ޝިހާމްގެ ތަރިކައިގައި ހިމެނޭ
62.5 އަކަފޫޓުގެ އަމިއްލަ ބިންކޮޅު ބަހައިދެވެންޖެހޭނީ، ތަރިކައިގެ އުޞޫލުން ނުވަތަ ވާރިޘުން އެދޭ ގޮތަށެވެ.
15ޕްރިސިޑެންސް 4މިޤަޟިއްޔާ ގެ (14) ވަނަ ނުކުތާގައި […] އެވެ ކިޔުނު ގޯތީގެ ބިން އޮތްގޮތް ބަޔާންކޮށްފައިވާ ގޮތް ނޫން އެހެން ގޮތަކަށް ބިން އޮތްކަމަށްވާނަމަ، އެކަން ބިމުގެ ނާޒިރުގެ ކިބައިން ސާފުކުރުމަށްފަހު، ބިން ބެހުމުގައި އެއްވެސް ހުރަހެއް ނެތެވެ.
16އިސްތިއުނާފު ކުރެވިފައިވާ ޤަޟިއްޔާއާއި ގުޅިގެން، ދަށުކޯޓުން އިތުރަށް ކަށަވަރު ކުރަންޖެހޭ ކަންތައްތަކެއް ވެއެވެ. އެއީ ޢަބދް ﷲ ޝިހާމްގެ ތަރިކައިގައި ހިމެނޭ ބަންޑާރަ/އަމިއްލަ ބިމުގެ ބޮޑުމިނާއި އެބިންކޮޅ އޮތު ތަން އެނގޭނެ ގޮތުގެ ކުރެހުން ބިމުގެ ކަންކަން ބަލަހައްޓާ ސަރުކާރުގެ އިދާރާއިން މައުލޫމާތު ސާފުކޮށް ކަށަވަރު ކުރުމެވެ. އަދި މިބިންކޮޅު ތަރިކައިން ލިބިދިނުމުގައި ނުއުފުލޭ މުދައު ހުރިނަމަ އަގު ކުރަންޖެހުމުގެ އިހުތިމާލުވެސް އެބަ އޮތެވެ. އެހެންކަމުން އެކަންކަމަކީ ދަށު ކޯޓުން އަލުން ކުރަންޖެހިދާނެ ކަންކަން ކަމަށްވާތީ، މިމައްސަލައަކ ދަށު ކޯޓަށް ތަހުވީލު ކުރަންޖެހޭ މައްސަލައެއްކަމަށް ބުރަވެއެވެ.
- ޤުރުއާން، ސޫރަތުއްނިސާ، 11 ވަނަ އާޔަތް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ)
- 2010/SC-A/18
- 2019/SC-A/33
- 2018/HC-A/78
- MC/2007/1951 (މަދަނީ ކޯޓު)
- MC/2009/2494 (މަދަނީ ކޯޓު)
- C/2017-Fm/169 (ފެމިލީ ކޯޓު)
- ބެންޗު
- މުޙައްމަދު ނިޔާޒް، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް