ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/75
ފާޠިމަތު މުޙައްމަދު ވ. މާލޭ ސިޓީ ކައުންސިލް، 2022/HC-A/75
Fathimath Mohamed v. Male Sitee Council 2022/HC-A/75 (2022/HC-A/75, High Court of the Maldives, 2 March 2023)
ފާޠިމަތު މުޙައްމަދު ވ. މާލޭ ސިޓީ ކައުންސިލް
މައިގަނޑު ސުވާލު
ގޯތި ބައިކުރުމުން ތަޅުލެވިފައިވާ ބަޔަށް (ގ.އައިދޫގެ) ވަނުމަށް ނަގާފައިވާ 5 ފޫޓުގެ ގޯޅީގެ މިލްކުވެރިކަން ސާބިތުކުރުމަށް މިހާރު ދަޢުވާ ހުށަހެޅިދާނެތޯއާއި، އެ ގޯޅިއަކީ ކޮން ގޯއްޗަކަށް ނިސްބަތްވާ ގޯޅިއެއްތޯ؛ އަދި އެ ގޯޅިއަށް ބަނޑުއްދަރި ގޯއްޗެއްގެ (ގ.ގުރަހާގެ) ޢިމާރާތުގެ ދޮރު ކެނޑުމަށް ދިން ހުއްދައާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ހުށަހެޅި އިދާރީ ދަޢުވާ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ރަނގަޅު ނޫން؛ ގޯޅިއަކީ ގ.އައިދޫގެއަށް ނިސްބަތްވާ ގޯޅިއެއްކަމަށް ކަނޑައެޅި (ތަޙުވީލު ނުކޮށް)
ކަނޑައެޅުނު އުޞޫލުތައް
- ގޯއްޗެއްގެ ވާރުތަވެރިން ނުވަތަ ބެހެނިވެރިއަކު ދުނިޔޭގައި ހުރިއިރު ގޯއްޗާ ގުޅޭ ސުވާލެއް (މިސާލަކަށް ގޯޅިއާ ގުޅޭ ޚުޞޫމާތެއް) އުފެއްދި ނުވުމަކީ، އޭނާގެ ތަރިކައިން ބައި ލިބުނު ބެހެނިވެރިއަކަށް ފަހުން އުފެދޭ ޚުޞޫމާތެއްގެ މައްޗަށް ދަޢުވާ ހުށަހެޅުމަށް ހުރަހެއް ނޫނެވެ؛ ޚުޞޫމާތެއް ނެތް ޙާލަތުގައި ސުވާލު އުފައްދަން ޖެހޭ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31)
- ގޯއްޗަކާ ގުޅިގެން އުފެދޭ ޚުޞޫމާތްތަކުގައި ދަޢުވާކުރުމުގެ ހައިޞިއްޔަތު، ތަރިކައިން އެ ގޯތީގެ ބައެއް މިލްކުވެފައިވާ ބެހެނިވެރިއަކަށް ލިބިގެންވެއެވެ؛ ގޯޅީގެ ހާލަތަށް ބަދަލެއް އަތުވާނަމަ އެ ގޭގައި ދިރިއުޅޭ ކޮންމެ ފަރާތަކަށްވެސް ކޯޓަށް އާދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30، 31)
- ޤާނޫނީ އިސްތިލާޙުގައި 'ބަންޑާރަ ބިން'، 'އަމިއްލަ ބިން'، 'ވަގުފު ބިން' ފަދަ ބަސްތައް ބޭނުންކުރަނީ ވަކި ޙައްޤުތަކާއި ވާޖިބުތައް އުފެއްދުމަށް ކަމުން، ބަންޑާރަ ގޯއްޗަކުން ނަގާ ގޯޅިއަކީ މުޠްލަޤަށް 'ބަންޑާރަ ގޯޅިއެއް' ކަމުގައި ނުބުނެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- ގޯއްޗެއް ބައިކުރުމުން ވަދެނިކުމެވޭނެ ގޮތެއް ނެތި ތަޅުލެވިފައިވާ ބަޔަށް ވަނުމަށް ގޯޅިއެއް ހެދުމަކީ ޠަބީޢީ ކަމެކެވެ؛ ހުށަހެޅިފައިވާ ޗާޓުތަކާއި ބްލޮކް މެޕްގައި ގޯޅީގެ އޭރިޔާ އެ ގެއަކާ ގުޅުވާފައިވާ ގޮތަށް ބަލައި، ގޯޅިއަކީ ބައިކުރިއިރު އެ ބަޔަށް ނިސްބަތްވާ ބިމުގެ ތެރެއިން ނެގިފައިވާ ބައެއްކަމަށް މަދަނީ މިންގަނޑުން ބުރަވެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22، 27، 28، 29)
- ތަޅުލެވިފައިވާ ބިމެއް ހުޅުވުމަށް ނުވަތަ ވަދެނިކުމެވުމަށް ހަދާ ގޯޅިއަކީ އެ ގޯޅި ނެގުނު ގޯތީގެ ވަކި މީހެއްގެ މިލްކެއް ނޫނެވެ؛ ބެހެނިވެރިއަކަށް ނިސްބީ މިލްކުވެރިކަމެއް އޮތްކަމަށް ދެކިގެން އެ ގޯޅި ވިއްކުމާއި، ވަކިން ޢިމާރާތްކުރުމާއި، އެހެން ބެހެނިވެރިންނަށް ބޭނުން ނުކުރެވޭ ގޮތް ހެދުން ފަދަ މުޢާމަލާތެއް ނުކުރެވޭނެއެވެ؛ އެ ގޯޅިއާ ގުޅޭ ސުވާލު ޙައްލުކުރާނީ ގޯޅި ނިސްބަތްވާ ގޯތީގެ މިލްކުވެރިން، ބެހެނިވެރިން ނުވަތަ އެ ގޯތީގައި އުޅޭ މީހުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32)
- ދަށުކޯޓުން ވާޤިޢާތައް ޞައްޙަކޮށް ކަށަވަރުކޮށްފައިވިނަމަވެސް ނިންމުމަށް ވާޞިލުވެފައިވަނީ ރަނގަޅަށް ނޫންނަމަ، މައްސަލަ ދަށުކޯޓަށް ތަޙުވީލުނުކޮށް ޢަމަލުކުރަންޖެހޭ ޤާނޫނީ އުޞޫލު ހައިކޯޓުން ކަނޑައަޅައި މައްސަލަ ނިންމިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު : 1450/Cv-C/2019 ޤަޟިއްޔާއިން ބެލުނު، ދައުލަތުގެ އިދާރާއެއް ހިމެނޭ އިދާރީ ޠަބީޢަތުގެ ދަޢުވާ އާއި އެކޯޓުގެ ނަންބަރު: 2069/Cv-C/2020 ޤަޟިއްޔާއިން ބެލުނާ މިލްކުވެރިކަން ސާބިތު ކުރުމުގެ ދަޢުވާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށބުނެ، އ ދެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ކ. މާލެ، […] ފާޠިމަތު މުޙައްމަދު ("ފާޠިމަތު މުޙައްމަދު" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން މާލޭ ސިޓީ ކައުންސިލް ("މާލޭ ސިޓީ ކައުންސިލް" ނުވަތަ "އިސްތިއުނާފު ރައްދު")ގެ މައްޗަށް ހުށަހެޅުމުން ބަލާފައިވާ ދެ ޤަޟިއްޔާއެ ވެ.
2މިއީ، ފާޠިމަތު މުޙައްމަދުގެ ފަރާތުން، މާލޭ ސިޓީ ކައުންސިލަށް ރައްދުކޮށް ހުށަހަޅާފައިވާ ދެމައްސަލައެއް ކަމަށްވުމާއެކު، އަދި މިމައްސަލަތަކުގެ މައުޟޫގައި އެއްގޮތް ކަމެއް ހުރުމާއެކު މިތަނުން މިލްކުވެރިކަމުގެ މައްޗަށް ދަޢުވާކުރާ މައްސަލަ ނިމޭ ގޮތަކުން، ދެން އޮތް މައްސަލައަށްވެސް އަސަރުކުރާނެތީ، މިދެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އެކުއެކީގައެވެ. މިއީ މިދެ މައްސަލައާއި ގުޅިގެން މިކޯޓުން ކަނޑައަޅާ ނިޔާ އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
3[…] އެވެ ކިޔާ ގޯއްޗަށް ވަނުމަށް އޮތީ ފާށަނާކިލެގެ މަގުން ވަދެވޭ ގޮތަށް އޮތް 5 ފޫޓު ފުޅާ ގާތްގަޑަކަށް 66 ފޫޓު ދިގު ގޯޅިއެވެ. އެގޯޅި ފިޔަވައި، […] އަކީ ވަށައިގެން ބެދިފައިވގޮތަށާ އޮތް ގޯއްޗެކެވެ.
4[…] އެވެ ކިޔާ ގޯތީގައި 12 (ބާރަ) ބުރީގެ ޢިމާރާތެއް ކުރުމުގެ ކުރެހުން ފާސްކޮށް ހުއްދަ ދީފައިވެއެވެ. މި ހުއްދަ ދިން ކުރެހުމުގައ އޮތި ގޮތުން، […] އެވެ ކިޔާ ގޯއްޗަށް ވަނުމަށް އޮތް ގޯޅިއަށް […] ގޭގެ ދޮރުކެނޑެއެވެ.
5މިކަމާއިމެދު ފާޠިމަތު މުޙއްމަދަ ބުނަނީ، […] ޢިމާރާތް ކުރުމުގައި، […] ވަނުމަށް އޮތް ގޯޅިއަށް ދޮރު ކނޑާގޮތަށ ހުއްދް ދީފައިވަނީ، […] ގޯތީގެ ބެހެނިވެރިންގެ ހުއްދަ ނެތި، މާލޭ ޕްލޭނިންގ ޤަވާޢިދާއި އުޞޫލާއި ޚިލާފަށް ކަމަށެވެ. އެހެންވެ، […] ގޯއްޗަށް ވަނުމަށް އޮތް ގޯޅިއަށް […] ބެހެނިވެރިންގެ ރުހުމެއްނެތި، […] ގޯތީގެ ޢިމާރާތުގެ ދޮރު ނުކެނޑޭނެކަމށެވެ.
6އެކަން ހުއްޓުވައި ދިނުމަށް މާލޭ ސިޓީ ކައުންސިލަށް ހުށަހެޅި ހުށަހެޅުން ނާކާމިޔާބުވުމާއި ގުޅިގެން، ފާޠިމަތު މުޙައްމަދުގެ ފަރާތުން، ސިވިލް ކޯޓުގައި އެކަން ހުއްޓުވައި ދިނުމަށް އެދުނެވެ. އަދި އެމައްސަލައިގައި، ވަކި ގޮތެއް ނުނިމެނީސް، ދެވަނަ ޤަޟިއްޔާއަކުން، […] އަށް ވަނުމަށް އޮތް 5 ފޫޓު ފުޅާ ގޯޅިއަކީ […] ގޭގެ ބައެއްކަމުގައި ކަނޑައަޅައިދީ މިލްކުވެރިކަން ސާބިތުކުރުމުގެ މައްސަލައެއް ހުށަހެޅިއެވެ.
7މިދެންނެވި ދެޤަޟިއްޔާވެސ ދަށް ކޯޓުނު ނިމުން ފާޠިމަތު މުޙައްމަދާ ދެކޮޅަށެވެ. ސިވިލް ކޯޓުން ނިނު މި ގޮތް:
8ސިވިލް ކޯޓުގެ ނަންބަރު: 1450/Cv-C/2019 ޤަޟިއްޔާ ގައި ޙުކުމް ކޮށްފައިވަނީ؛ " ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، […] ގޯއްޗަށް އެގޯޅިމަގަކުނ ވަނުމަށް އޮތް ގޯޅިމަގަކީ 05 (ފަހެއް) ފޫޓު ފުޅާމިނުގެ ގޯޅިމަގަކަށް ވުމުން، […] ގޯތީގައި ކުރާ ޢިމާރާތުގެ ދޮރު އެގޯޅިމަގަށް ކެނޑުމަށް ފާސްކޮށްފައިވާ އެގޯތީގެ ޢިމާރާތުގެ ކުރެހުމާއި ޢިމާރާތް ކުރުމަށް ދީފައިވާ އެހުއްދަ މާލޭ ޕްލޭނިންގ ގަވާއިދާއި އުޞޫލާއި ޚިލާފަށް އޮތްކަން ޘާބިތުނުވާތީ […] ގޯތީގެ ބެހެނިވެރިންކުރެ ފާޠިމަތު މުޙައްމަދުގެ ދަޢުވާގައި އެދިފައިވާ ގޮތަށް ކަނޑައަޅާނެތަނެއް ނެތްކަމަށް އަންގާ ދަޢުވާކުރެ ފާޠިމަތު މުޙައްމަދުގެ ޣައިރުޙާޟިރުގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
9ސިވިލް ކޯޓުގެ ނަންބަރު:2069/Cv-C/2020 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ؛ "ދެންފަހެ، ބުނެވިދިޔަކަންކަން އެގޮތުގައި ހުރުމާއެކު، […] / މާލެ، ފާޠިމަތު މުޙައްމަދުގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މި މައްސަލާގައި، […] ވަންނާން އޮންނަ 5 ފޫޓް ޖާގައަކީ […] ބައެއްކަމުގައި ކަނޑައަޅައި އެ ޖާގައިގެ މިލްކުވެރިކަން ސާބިތުކުރުމުގެ މައްސަލައެއް މިހާރު ހުށަހެޅިދާނެކަމަށް ނުފެންނަކަމަށް ކަނޑައަޅައި، މިގޮތުގެ މަތީން ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ. ސިވިލް ކޯޓުން ފާހަގަ ކުރިންކަންކަން:
10މަތީގައި ބަޔާންކުރި ދެ ޤަޟިއްޔާ ނިންމުމުގައި، ސިވިލް ކޯޓުން ފާހަގަކޮށްފައިވާ މައިގަނޑު ކަންކަމަކީ؛
1.10. އެކަކަށްވުރެ ގިނަމީހުންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގޯތިތައް ބައިކޮށް ގޯތީގެ އެތެރެއިން ލިބިފައިވާ ބައިބަޔަށް ވަނުމަށް ނެގިފައިވާ ގޯޅިމަގަކީ އެގޯތީގެ ހުރިހާ ބެހެނިވެރިންނަށް ލިބޭ އޭރިޔާއިނ އުނިކޮށް ނަގާ ގޯޅިމަގެއްކަމާއި މިފަދަ ގޯޅިމަގަށް މަގުމައްޗާއި އިންވެގެން ނަގާބައ ލިބި ފަރާތްތަކުން ދޮރުކެނޑޭނެކަމާއި ގޯތި ބައިކޮށްގެން ނަގާ ގޯޅިމަގުން މަގުމައްޗާއި އިންވެގެން ލިބޭ ފަރާތުން ދޮރު ކެނޑުމާއި އެހެނިހެން ކަންކަމަށް ބޭނުންކުރެވޭނީ އަދި ގޯޅިމަގުގެ ކޮޅުގައި ދޮރު ނުވަތަ ގޭޓް ބެހެއްޓޭނީވެސް ގޯޅިމަގުގެ އެތެރެއަށް ވަންނަންޖެހޭ ބައިތަކުގެ އިޢުތިރާޟް ނެތްނަމަކަން.
2.10. […] ކުރިން ހުރި ޢިމާރާތުގައިވެސ ގޯޅިމަގަށް ދޮރުކަނޑައި ދޮރު ދިޔައީ ބޭނުންކުރަމުން ކަމާއި، 12 ނވެންބަރޮ 2017 ތާރީޚުގައި […] 12 ބުރީގެ ޢިމާރާތެއް ކުރުމުގެ ހުއްދަ ދީފައި އޮންނަކަމާއި، […] ގޯއްޗަކީ […] ގޯތީގެ ބިމުން ނަގާފައިވާ ބައެއްކަމަށް މި މައްސަލައަށް ތަދައްޚުލްވި […] ގޯތީގެ ބެހެނިވެރިންކުރެ ޢަބްދުﷲ ޢިމާދު ބުނެފައިވާ ގޮތް ނަފީކުރާ ފަދަ ހެއްކެއް މިދަޢުވާކުރި […] ފާޠިމަތު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިނުވާކަން.
3.10. […] ވަނުމަށް އޮތް ގޯޅިމަގަކީ އެގޯޅިމަގެއްގައި 05 ފޫޓް ހަމަވާ ގޯޅި މަގެއްކަމަށްވާތީ އެގޯޅިމަގަށް […] ގޯތީގައި ކުރާ ޢިމާރާތުގެ ދޮރު ކެނޑޭގޮތަށް ފާސްކޮށް ހުއްދަދީފައިވާ އެޢިމާރާތުގެ ކުރެހުމާއި އެހުއްދަ މާލެ ޕްލޭނިންގ ގަވާއިދާއި އުޞޫލާއި ޚިލާފުކަމަށް ބެލެވެން ނެތްކަން.
4.10. ދެ ގޯއްޗެއް ބަދަލުކުރެވިގެން […] އެވެކިޔާ ގޯތީގެ މިލްކުވެރިކަން ޙައްވާމަނިކެއަށ ލިބުން ހިސާބުން، އަދި ޙައްވާމަނިކެ އެގޯތީގެ ½ (ދެބައިކުޅަ އެއްބައި) މުޙައްމަދު އިބްރާހީމްއަށް ހިބައިންދީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން […] އެވެކިޔާ ގޯތީގެ ބެހެނިވެރިން ގޮތުގައި ޙައްވާމަނިކެއާއި، މުޙައްމަދު އިބްރާހީމް އާ ދެމީހުން ކަނޑައެޅިގެންދިޔައިރު، އެއިން އެއްވެސް މަރުޙަލާއެއްގައި […] އެވެކިޔާ ގޯތީގެ ބޮޑުމިނަކީ ކޮބައިކަމާމެދު ޙައްވާމަނިކެއާއި، މުޙައްމަދު އިބްރާހީމް ސުވާލު އުފައްދާފައިނުވާކަމާއި، ނުވަތަ އެފަދަކަމެއް އެނގޭކަމެއް ނެތުން.
5.10. މަރްޙޫމ ޙައްވާމަނިކެއަށް ދައުލަތުގެ ކަމާބެހޭ އިދާރާއިން ޙަވާލުކުރި ބަންޑާރަ ގޯތީގެ ބޮޑުމިނާމެދު، އެއްގޯތި އަނެއްގޯއްޗާ ބަދަލުކުރެވުނު މަރުޙަލާގައިވެސް، އަދި ހިބައިން ދިނުމުގެ މަރުޙަލާގައިވެސް ޙައްވާމަނިކެގެ އެއްވެސް ޝަކުވާއެއް އޮތްކަން އެނގޭކަށް ނެތުން.
6.10. މަދަނީ ކޯޓުގެ ނަންބަރު C/20041567/M ޤަޟިއްޔާއިން […] އެވެކިޔާ ބަންޑާރަ ގޯތީގެ ބޮޑުމިނަކީ މިހާރުވެސް އެ އޮތް 2070 (ދެހާސް ހަތްދިހަ) އަކަފޫޓު ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށާއި، މަދަނީ ކޯޓުގެ ނަންބަރު 1567/MC/2004 ޤަޟިއްޔާގައި ބަޔާންވެގެންވާ ޙަޤީޤަތްތަކުގެ މައްޗަށް އެކަނި ބުރަވިނަމަވެސް އެ ޤަޟިއްޔާގައި ބަޔާންވެ އޮތް ޙަޤީޤަތެއް ހަމަ އެ ޤަޟިއްޔާ ބެލި މަރުޙަލާއިން ބެލި ބަދަލުވާގޮތަށް ހުށަހެޅުމަކީ ކުރެވިދާނެކަމެއްނޫންކަން.
7.10. ވީމާ، […] ފާޠިމަތު މުޙައްމަދުގެ ފަރާތުން މާލެ ސިޓީ ކައުންސިލް މައްޗަށް ދަޢުވާކޮށް ހުށަހެޅި މައްސަލައިގައި […] ވަންނާން އޮތް 5 ފޫޓުގެ ޖާގައަކީ […] ބައެއްކަމުގައި ކަނޑައަޅައި އެ ޖާގައިގެ މިލްކުވެރިކަން ސާބިތުކުރުމުގެ މައްސަލައެއް މިހާރު ހުށަހެޅިދާނެކަމަށް ނުފެންނަ ކަމަށް. ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާތައް :
11ސިވިލް ކޯޓުގެ ނަންބަރު: 1450/Cv-C/2019 ޤަޟިއްޔާ އާއި އެކޯޓުގެ ނަންބަރު: 2069/Cv-C/2020 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށް ފާޠިމަތު މުޙައްމަދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަކީ: ހައިކޯޓުގެ ނަންބަރު 2021/HC-A/920 ޤަޟިއްޔާއިން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް:
1.11. ޤާނޫނު ނަންބަރު 4/2011 "މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު"ގެ 03 ވަނަ މާއްދާގެ (ނ) ގައި "ބަހެއް ނުވަތް އިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާކަމަށްވާނަމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ ރަނގަޅުގޮތެއް ނޫންކަމަށް ބަލަން" ވާނެކަމަށް ބަޔާންކޮށްފައިވާއިރު އެއާއި ޚިލާފަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު 2018/774 (20 މެއި 2018) އިޢުލާނުގައި ބަޔާންކޮށްފައިވާ އުޞޫލުގައި ނުހިމެނޭ ކަންތައްތަކެއް އޭގެ ތެރޭގައި ހިމަނައިގެން މާނަކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛
2.11. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު 2018/774 (20 މެއި 2018) އިޢުލާނގައު މީގެކުރިން ހުއްދަ ދެވިފައިވާ ގޯތިތަކަށްވެސް ގޯޅިމަގަށް ދޮރުކެނޑޭނީ ގޯޅިމަގުގެ އެތެރެއަށް ވަންނަންޖެހޭ ބައިތކުގަ ބެހެނިވެރިން އިޢުތިރާޟްކުރާނަމަ އެކަން ބެލުމަށްފަހު ފިޔަވަޅު އެޅޭނެކަމަށް ބަޔާންކޮށްފައިވާއިރު، އަދި މިކަން ދަޢުވާ ފޯމުގައިވެސް ދަޢުވާކުރާ ފަރާތުން ފާހަގަކޮށްފައިވާއިރު، އަދި ދަޢުވާ ފޯމުގައި އެދިފައިވާ ކަންކަމަށް ދަޢުވާލިބޭ ފަރާތުން އިޢުތިރާޟްކޮށްފައި ނުވުމަކީ، ދަޢުވާކުރާ ފަރާތުން ހުށަހެޅި ގޮތް ދަޢުވާލިބޭ ފަރާތުން ޤަބޫލުކުރުންކަން ޝަރުޢީ ޤާއިދާއެއްކަމުގައިވާ "ޖަވާބުދާރީވެ ވާހަކަދައްކަންޖެހޭ ފަދަ މަޤާމެއްގައި ހަނުހުރުމަކީ އެކަމަށް ޤަބޫލުވުމެވެ." ބުނާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބުނެ ހުށަހެޅި ނުކުތާ؛
3.11. ސިވިލް ކޯޓުގެ މައްސަލާގެ ތެރެއަށް ތަދައްޚުލްވި ފަރާތުން ދަޢުވާއަށް ބަޔާން ހުށަހެޅުމަށް 18 ޖުލައި 2019 ގައި ބޭއްވި އަޑުއެހުމަށް ހާޟިރުވެފައި ނުވާއިރު، އެފަރާތް ހާޟިރުނުވާތީ، އެފަރާތުން ތަދައްޚު ލްވިވުނ ކޯޓުން ބާޠިލްކޮށްފައިވީއިރުވެސް، އެފަރާތުން ހުށަހަޅާފައިވާ ކަންތައްތަކަށް މައްސަލާގައި ރިޢާޔަތްކޮށް ޙުކުމް ކުރައްވާފައިވުމުގެ ސަބަބުން، ތަދައްޚުލްވި ފަރާތުން ހުށަހެޅި ކަންތައްތަކަށް ތަޢުނުކުރުމުގެ ފުރުޞަތު ނުލިބި، ބާޠިލްކޮށްފައިވާ ކަންކަމުގެ މައްޗަށް ޙުކުމް ކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ. ހައިކޯޓުގެ ނަންބަރު 2022/HC-A/75 ޤަޟިއްޔާއިން ހުށަހެޅި އިސްތިއުނާފީ ނުކުތާ
4.11. ސިވިލް ކޯޓުގެ ނަންބަރު 2069/Cv-C/2020 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމުގައި […] ވަންނަން އޮތް ޖާގައަކީ މިލްކުވެރިކަމުގެ މައްޗަށް މައްސަލައެއް މިހާރު ހުށަހެޅިދާނެކަމަށް ނުފެންނަކަމަށް ކަނޑައަޅާފައިވާ މައިގަނޑު ދެ ސަބަބަކީ ޙައްވާ މަނިކުގެ ދުނިޔޭގައި ގޯތީގެ ބޮޑުމިނާމެދ ސުވާލު އުފައްދާފައި ނުވުމާއި، ހައްވާ މަނިކެގެ ތަރިކަ މައްސަލާގައި […] ބޮޑުމިނަކޭ 2070 އަކަފޫޓުކަމަށް ބަލާފައި އޮތްއޮތުން ކަމުގައިވާއިރު، މި ދެ ސަބަބަށް ބިނާކޮށް މައްސަލަ ހުށަހެޅުމުގެ ޙައްޤު ނެތްކަމަށް ކަނޑައަޅަންޖެހުނ ޤާނޫނު އަސާސެއް ބަޔާންކޮށްފައި ނެތުމުން، މިއީ ޤާނޫނު ނަންބަރު 13/2020 "ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު" ގެ 05 ވަނަ މާއްދާގެ (ހ) އަދި
(ށ) އާ ޚިލާފަށް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/232 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި (ގޯތީގެ އިމާމެދު ސުވާލު އުފެދިގެން ހުށަހަޅާ މައްސަލަތަކުގައި ގޯތި އުފެދިގެން އައިގޮތުގެ މައްޗަށް ރިޢާޔަތްކުރުމަށް އޮންނަ އުޞޫލު އަދި ގޯތީގެ މިންތަކުގެ މައްޗަށް ރިޢާޔަތްކޮށް ކޯޓުން މައްސަލަތައް ނިންމާފައިވަނިކޮށް ގޯތީގެ އިމުގެ ޚުސޫމާތުގެ މައްޗަށް މައްސަލައެއް ހިންގާ ނިންމުން) ޚިލާފު ނިންމމެއ ކަމަށް ބުން ހުށަހެޅި ނުކުތާއެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:
12މިދެ މައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު: C/2019-1450/Cvޤަޟިއްޔާ އާއި އެކޯޓުގެ ނަންބަރު: 2069/Cv-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓށާއަ އެމައްސަލަތައް އިސްތިއުނާފުކުރުމަށް ފާޠިމަތު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
13ފާޠިމަތު މުޙައްމަދުގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި މިލްކުވެރިކަމުގެ މައްސަލައަކީ، ފާށަނާކިލެގެ މަގުން […] ވަންނަން އޮންނަ 5 (ފަހެއް) ފޫޓު ފުޅާ ގޯޅިއަކީ، […] ބައެއްކަމުގައި ކަނޑައަޅައިއެ ގޯޅީގެ މިލްކުވެރިކަން ޘާބިތުކޮށް ދިނުމަށް އެދި ހުށަހެޅި ދަޢުވާއެކެވެ.
14މިމައްސަލަ ހުށަހަޅަންޖެހުނު ސަބަބެއްކަމަށް ފެންނާން އޮތީ، […] ޢިމާރާތް ކުރުމަށް ފާސްކޮށްދީފައިވާ ކުރެހުންތަކުގައި […] ވަންނަން އޮތް 5 ފޫޓުގެ ގޯޅިމަގަށް ދޮރު ކެނޑޭގޮތަށް ހުއްދަދީފައިވާތީ ކަމަށް ބެލެވެން އޮވެއެވެ.
15ސިވިލް ކޯޓުން މި މައްސަލަ ނިންމުމުގައި، […] ވަންނާން އޮންނަ 5 ފޫޓުގެ ޖާގައަކީ […] ގޭގެ ބައެއްކަމުގައި ކަނޑައަޅައި އެ ޖާގައިގެ މިލްކުވެރިކަން ސާބިތުކުރުމުގެ މައްސަލައެއް މިހާރު ހުށަހެޅިދާނެކަމަށް ނުފެންނަކަމަށް ކަނޑައެޅި ކަނޑައެޅުމުގައި، ޙައްވާ މަނިކެގެ ދުނިޔޭގައި ގޯތީގެ ބޮޑުމިނާ މެދު ސުވާލު ނުއުފެއްދުމާއި، ޙއްވަ މަނިކެގެ ތަރިކަ މައްސަލައިގައި […] ބޮޑުމިނަކީ 2070 އަކަފޫޓުކަމަށް ބަލާފައި އޮތް ކަމަށް ބަޔާންކުރާ ދެސަބަބަށ ބިނާކޮށް މައްސަލް ހުށަހެޅުމުގަ ޙައްޤު ނެތްކަމަށް ކަނޑައަޅަން ޖެހުނު ޤާނޫނީ ސަބަބެއް ބަޔާންކޮށްފައި ނެތްކަމަށް ފާޠިމަތު މުޙައްމަދު ބުނާ ބުނުމަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ. […] :
16[…] އަކީ، […] ބައެއްކަން ހުށަހެޅުނު ލިޔުންތަކަށް ބަލާއިރު ބުރަވެއެވެ. މިގޮތުން، […] ކިޔާ ގޯއްޗާއި ގުޅޭ ގޮތުން، މަޙްކަމަތުއްޝަރުޢިއްޔާއިން 10 ޖޫން 1963 ގައި ނިންމާފައިވާ ނަންބަރު:63/3/591 ޤަޟިއްޔާ ނިމުނު ގޮތުން […] އެހިނދަށް ހަމަޖެހުނު ގޮތް އެނގެން އޮވެއެވެ. އެޤަޟިއްޔާ ތިރީގައި ނަކަލު ކޮށްފައި އެވަނީއެވެ؛ " މިކަން ބެލިއިރު، މި مســــــــــــــــــأةل އަކީ، […] ވާރުތަ ވެރިންގެ މެދުގައި ބަހައިދިނުމަށް احملرتم މަލަން حسن މަނިކު އެދިފައިވާ مســــــــــــــــــأةل އެކެވެ. حسن މަނިކުގެ ބަހީ: […] އަޅުގަޑުގެ ކާފަ މަލަން ادم ކަލޭފާނު ނިޔައުވެގެން، އޭނާގެ ތިބި، އަޅުގަޑުގެ ބައްޕަ امسعـيل ފުޅާއި عيســــــــــىފުޅާއި ދެބޭންނަށް مكل ވެފާވާގެއެކެވެ. ދެން عيســــــــــىފުޅު ނިޔައުވުމުން، عيســــــــــىފުޅުގެ އަނބިމީހާއަށްވީ މިގޭގެ 2/1 ގެ 4/1 ބައި، ފަހަރިދައިތަ އަތުން رسيعة މެދުވެރިކޮށްގެން، ގަނެފީމެވެ. އަދި ބައްޕަ ނިޔާވިއިރު އިން ދޮންމަ، ތުއްތުކަމަނަޔަށްވާ حالل ބައި 8/1 ވެސް ވަނީ އަޅުގަނޑު ގަނެފައެވެ. މިގެއަކީ ފުރަތަމަ ކާފަ ނިޔައުވުމުން، ބައްޕައާއި عيســــــــــىފުޅާއި ދެބެންގެ، ދެން عيســــــــــىފުޅު ނިޔައުވުމުން، އަޅުގަޑުގަތް حالل ބައި ނޫނީ ބައްޕަގެ މިލްކެކެވެ. ބައްޕަ ނިޔައުވިއިރު ތިބީ އަޅުގަޑާ (حسن މަނިކު)އ، ابراهمي رش يد އާއި، يوسف رش يد އާއި، محمد سعيد އާއި ދޮންމަ ތުއްތު ކަމަނައެވެ. ދޮންމައަށްވީ ތަން އެއީ މިހާރު އަޅުގަޑުގެ مكل އެކެވެ. ވީމާ ބައްޕަގެ ތަރިކައިގައިވާ މުދަލަކާއި މިގެ ބައްސަވައި ދެއްވައި، މިކަމުގެ ލިޔުމެއް ދެއްވުން އެދެމެވެ. ދެންފަހެ، މގެއަކީ، މަލަނި امسعـيل ކަލޭފާނުންގެ ގެއެއްކަން احملرتم عىل ފުޅު مدم އާއި احملرتم ގުދަނުގޭ عىلފުޅާއި، އެމީހުންގެ ބަހުންނާއި، 12 رجب 1373هـ މިاترخيގައި حممكة الرشعية އިން، امسعـيل ކަލޭފާނުންގެމުދަލާއިމެދުގައި ލިޔެފައިވާ ލިޔުމުން اثبت ވެއްޖެއެވެ. މިتركةއިން، މިހާރު ވާންތިބީ، امسعـيل ކަލޭފާނުންގެ ހަތަރު ފިރިހެންދަރިންނެވެ. މީގެތެރޭން سعيد ވަނީ މިހާރު ނިޔާވެފައެވެ. އޭނާއަކީ ވަކިބަޑު ކުއްޖަކަށްވާތީވ އޭނާގެ ތަރިކައިން އޭނާގެ އެއްބަޑު މީހާއަށް 6/1 ބައި، ދީފައި، ދެން އޮތް އެއްޗެއްވަނީ، މި އެއްބަފާ ތިން ބެއިންނަށެވެ. حالل ބައިނަގާފައި ހުރިއެއްޗެއ މިތިން ފިރިހެން ބެއިންގެމެދުގައި ބެހޭނީ އެއްވަރަކަށެވެ. ވީމާ މިގޭގެ 4608 ބައިކޮށް، حسن މަނިކަށް 2207 ބައި، ابراهمي رشيدއަށް 1127 ބައި، يوسف رشيدއަށް 1127 ބައެވެ. ދެންއޮތް ބާކީ 147 ބައި އެއީ سعيدގެ އެއްބަޑު امحد މަނިކަށެވެ. މީނާގެ ބައި حسن މަނިކު ގަންނަން އަންގައި މިގޮތަށް މިމުދާ ބެހުމަށް حمك ކުރީ އެވެ."
17މަޙްކަމަތުއްޝަރުޢިއްޔާއިން ނިންމި ޤަޟިއްޔާގައި ތަރިކައިން ބައިތައް ހަމަޖައްސާފައިވާ ގޮތަށް ބަލާއިރު އަންނަނިވި ކަންކަން އެގޮތުގައި ހުރިކަން އެނގެއެވެ.
1.17. […] މަލަނ އާދަމް ކަލޭފާނުގެ ގެއެއްކަން އެނގެއެވެ. އޭރު އެގެ އޮތީ އެއް ގޯއްޗެއްގެ ގޮތުގައިކަން ސާފުވެއެވެ. މިކަންއނެ ގެނ، ހުށަހެޅިފައިވާ އެހެން ލިޔުންތަކާއި ގުޅުވާލުމުން، އެގޯތީގެ ހުޅނަ ގުނާ އޮތް ފާށަނާކިލެގެ މަގުކަމާއި އެގޯތީގެ އުތުރުންނާއި އިރުންނާއި ދެކުނުން އެހެން ގޯތިތައް ހުރިކަން އެނގޭތީއެވެ. ވީމާ، އެގޯއްޗަކީ ފާށަނާކިލެގެ މަގުން ވަދެނިކުމެވޭ ގޮތަށް އޮތް ގޯއްޗަކަށްވާތީ، […] ކިޔާ ގޯތިތެރެއަށ ވަނުމަށް އިތުރު އެހެން ގޯޅިގަނޑެއް އެހިނދު އޮތުމަކީ ބުއްދީގެ ހަމައިން ބަލައިގަނެވޭ ކަމެއް ނޫނެވެ.
2.17. […] މަލަނ އާދަމް ކަލޭފާނު ނިޔާވުމުން އެގެ ހަމަޖެއްސީ އޭނާގެ ދެދަރިން ކަމުގައިވާ ޢީސާފުޅާއި އިސްމާޢީލްފުޅާއި ދެބެންގެ މެދުގައިކަން އެނގެއެވެ. އެގޮތަށް ހަމަޖެއްސުމުން، އެގޭގެ 4608 ބައި، ދެބައކޮށި ކޮންމެ މީހަކަށް 2304 ބައި ލިބޭކަން އެނގެއެވެ. ދެން ޢީސާފުޅު ނިޔާވުމުން، އޭނާގެ އަނބި މީހާއަށް 4/1 ބައި ނަގައި ބާކީ ބައި އަޚް އިސްމާޢީލްފުޅަށް ހަމަޖެއްސީކަން އެނގެއެވެ. މިގޮތަށް ހަމަޖެއްސުމުން، ޢީސާފުޅުގެ އަނބިމީހާއަށް 576 ބައި ވެއެވެ. އިސްމާޢލްފުޅަށީ 1728 ބައިވެއެވެ. ވީމާ، […] 576 ބައި ފިޔަވައި، ދެން އޮތް 4032 ބައި އިސްމާޢީލްފުޅަށް ލިބުނީކަން އެނގެއެވެ. 591/ 3/63 :منرب مسـأةل އައިފަރާތާއި منرب: دعوى ސިޓީ منرب 63/445 دعوى ކުރި ފަރާތް: احملرتم މަލަން حسن މަނިކު […] 32 އަހަރު دعوى ލިބުނު ފަރާތް: احملرتم ابراهمي رش يد، احملرتيوسف رش يد، احملرتم محمد سعيد ހުށަހެޅުނު اترخي: 63/ 4/1 ނިމުނު اترخي: 63/6/10 دعوى ގެ ވާބަތް: ގޭގެ مســــــــــــــــــأةل ޢީސާފުޅުގެ އަނބިމީހާއަށްވި 576 ބައި ގަތީ، އިސްމާޢީލްފުޅުގެ ޙަސަން މަނިކުކަންވެސް އެނގެއެވެ. މިހިސާބަށް […] ގޯތި ބުނި ބައިބައި ކުރިކަން އެނގޭކަށް ނެތެވެ.
3.17. އިސްމާޢީލްފުޅު ނިޔާވެގެން، އޭނާއަށް އޮތް 4032 ބައި ބަހާފައިވަނީ، އިސްމާޢިލްފުޅުގެ ދަރިންނާއި އޭނާ ނިޔާވިއިރު އިން އަނބިމީހާއަށެވެ. އަނބިމީހާ ތުއްތުކަމަނަ (ދޮންމަ) އަށް ހަލާލުބައިގެ ގޮތުގައި 8/1 ބައެވެ. އެއީ، 4032 ގެ 8/1 ބަޔަށްވާ 504 ބައެވެ. މިބައިވެސް ގަނެފައިވަނީ އިސްމާޢީލްފުޅުގެ ޙަސަން މަނިކުކަން އެނގެއެވެ. ދެން ބާކީ އޮތް 3528 ބައި، އިސްމާޢީލްފުޅުގެ 04 ފިރިހެން ދަރިންކަމުގައިވާ ޙަސަން މަނިކާއި އިބްރާހިމް ރަޝީދާއި ޔޫސުފް ރަޝީދު އާއި މުޙައްމަދު ސަޢީދުއަށް ލިބިދިންކަން އެނގެއެވެ. އެއީ، ކޮންމެ ފިރިހެން ދަރިއަކަށް 882 ބައެވެ.
4.17. މިތަރިކަ ހަމަޖެއްސިއި ރ، އިސްމާޢީލްފުޅުގެ މުޙައްމަދު ސަޢީދު ނިޔާވެފައިވާތީ، އޭނާއަށްލިބޭ 882 ބައިވެސް ބަހާފައިވާކަން އެނގެ އެވެ. މުޙައްމަދު ސަޢީދަކީ ވަކި ބަނޑު ކުއްޖަކަށްވާތީ، އޭނާއާ އެއްބަނޑު އަޙްމަދު މަނިކަށް ފަރުޟުގެ 6/1 ދީފައިވެއެވެ. އެއީ 882 ބައި 6 ބައި ކުރުމުން އަންނަ 147 ބައެވެ. ބާކީ ހުރި ބައިތައް ބަހާފައިވަނީ، އެއްބަފާ ޙަސަން މަނިކާއި އިބްރާހިމް ރަޝީދާއި ޔޫސުފް ރަޝީދުގެ މެދުގައި ޢަޞަބަތުނ ލިބް ބައެއްގެ ގޮތުގައި ހަމަހަމަ ކޮށެވެ. އެއީ 882 ބައނި 147 ބައި އުނިކުރުމުން، ބާކީ އޮތް 735 ބައި ތިން ބައިކޮށް އެއިން ކޮންމެ މީހަކަށް 245 ބައެ ވެ.
5.17. މިދެންނެވި ގޮތަށް ބައިތައް ހަމަޖެހިގެން ދިޔުމުން، ޙަސަން މަނިކަށް، ޖުމްލަ ލިބެނީ، ޢީސާފުޅުގެ އަނބިމީހާގެ އަތުން ގަތް 576 އާއި ދޮންމަ އަތުން ގަތް 504 ބަޔާއި އިސްމާޢީލްފުޅުގެ ތަރިކައިން ލިބުނު 882 ބަޔާއި މުޙައްމަދު ސަޢީދުގެ ތަރިކައިން ލިބުނު 245 ބަޔާއެކު ޖުމްލަ 2207 ބައިކަން ސާފުވެއެވެ. މަޙްކަމަތުއްޝަރުޢިއްޔާގެ ޤަޟިއްޔާގައި "ވީމާ މިގޭގެ 4608 ބައިކޮށް، حسن މަނިކަށް 2207 ބައި،".. ލިބުނު ކަމަށް ބަޔާންކޮށްފައިވަނީ މަތީގައިވާ ގޮތަށް ހަމަޖެހިގެން ދިއުމުންނެވެ. މީގެ އިތުރުން، މުޙައްމަދު ސަޢީދުގެ އެއްބަޑު އަޙްމަދު މަނިކަށް ލިބުނު 147 ބައި ގަތުމަށް ޙަސަން މަނިކަށް އެންގިކަން އެނގެއެވެ. އެބައި ގަނެފައިވާނަމަ، ޙަސަން މަނިކަށް 2354 ބައި ލިބޭނެއެވެ.
6.17. މިދެންނެވި ގޮތަށް ބައިތައް ހަމަޖެހުމުން، އިބްރާހިމް ރަޝީދުއަށް ޖުމްލަ ލިބެނީ އިސްމާޢީލްފުޅުގެ ތަރިކައިން ލިބުނު 882 ބަޔާއި މުޙައްމަދު ސަޢީދުގެ ތަރިކައިން ލިބުނު 245 ބަޔާއެކު ޖުމްލަ 1127 ބައެވެ. އަދި ޔޫސުފް ރަޝީދަށްވެސ ލިބެން އިސްމާޢީލްފުޅުގެ ތަރިކައިން ލިބުނު 882 ބަޔާއި މުޙައްމަދު ސަޢީދުގެ ތަރިކައިން ލިބުނު 245 ބަޔާއެކު ޖުމްލަ 1127 ބައެވެ. މަޙްކަމަތުއްޝަރުޢިއްޔާގެ ޤަޟިއްޔާގައި "ވީމާ މިގޭގެ 4608 ބައިކޮށް، .... ابراهمي رس يدއަށް 1127 ބައި، يوسف سعيدއަށް 1127 ބައެވެ." މިހެން ބަޔާންކޮށްފައިވަނީ އެހެންވެގެންނެވެ. […] :
18[…] […] އިބްރާހިމް ރަޝީދުއަށް ލިބުން ބަޔާއި ޔޫސުފް ރަޝީދަށް ލިބުނު ބަޔާއި އެއްކޮށްގެން އުފައްދާފައިވާ ގެއެއްކަނ ހުށަހެޅުން ލިޔުންތަކުން ސާފުވެއެވެ. މިކަން އެނގެނީ، މަދަނީ ކޯޓުގެ ނަންބަރު:1567/MC/2004 ޤަޟިއްޔާގެ "އިތުރު ބަޔާން" ގައި އޮތް ޢިބާރާތުންނެވެ. އެބަޔާނުގައި އޮތީ؛ "1- 1990 ނޮވެމްބަރ 21 ވަނަ ދުވަހު މާލޭ މުނިސިޕަލްޓީން، […] ހައްދަވައި ދެއްވާފައިވައިވާ ނަންބަރު ބ.7896 ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއަށް ބެލުމުން ....ރަޖިސްޓްރީގެ އިތުރުބަޔާނުގައިވަނީ "މި ގޯއްޗަކީ […] އެވެ ކިޔާ ބަންޑާރަ ގޯތި ބައިކޮށް 19 މެއި 1970 ގައި އިބްރާހިމް ރަޝީދު އާއި ޔޫސުފް ރަޝީދުއާއި ޙަވާލުކުރެވުނު އެގޯތީގެ އިރުމަތީބަޔާއި، 12 އޭޕްރީލް 1970 ގައި […] ޙައްވާމަނިކެ އާއި، ޙަވާލުކުރެވުނު ގޯއްޗާއި މިދެގޯތި ބަދަލުކުރަން ދެފަރާތުން އެދިގެން މިދެގޯތި ބަދަލުކޮށް ޙައްވާމަނިކ އާއެ ޙަވާލުކުރެވުނު ގޯއްޗެކެވެ..." މިފަދައިންނެވެ.
19މަތީގައިވާ ބަޔާނުން ދެނެގަނެވޭ ކަންކަމަކީ، […] ކިޔާ ބަންޑާރަ ގޯތި ބައިކޮށްފައިވަނީ 19 މެއި 1970 ގައި ކަމެވެ. ގޯތި ބައިކުރިއިރު، އިބްރާހިމް ރަޝީދު އާއި ޔޫސުފް ރަޝީދުއަށް އެގޯތިނ ލިބުން ބަޔަކީ ގޯތީގެ އިރުމަތީ ބައިކަމެވެ.
20އިބްރާހިމް ރަޝީދު އާއި ޔޫސުފް ރަޝީދުއަށް […] ލިބުނު ބައިގެ ބޮޑުމިން މަޙްކަމަތުއްޝަރުޢިއްޔާގެ ކުރިން ބަޔާންކުރި ރިޕޯޓުން ސާފުވެއެވެ. އެއީ ކޮންމެ މީހަކަށް 1127 ބައެވެ. އެހެންކަމުން، މިދެމީހުންގެ ބައިގެ ޖުމްލައަކީ 2254 ބައެވެ.
21[…] ހައްވާ މަނިކެއަށް ގޯއްޗެއް ޙަވާލުކުރެވުނެ 12 އޭޕްރީލް 1970 ގައިކަންވެސ އެނގެން އޮވެއެވެ. ނަމަވެސް ހައްވާ މަނިކެއަށް ޙަވާލުކުރި ގޯތި، އިބްރާހިމް ރަޝީދު އާއި ޔޫސުފް ރަޝީދުއަށް […] ލިބުނު ބަޔާއި ބަދަލު ކުރީކަންވެސް އެނގެއެވެ. ވީމާ، ޙައްވާ މަނިކެއަށް […] ލިބޭނވެސް އިބްރާހމީ ރަޝީދުއާއި ޔޫސުފް ރަޝީދުއަށް […] ލިބުން ބަޔާއި އެއްވަރުގެ ބައެއް ހިމެނޭ ގޯއްޗެއްކަން ދެނެގަނެވެއެވެ. އެއީ 2254 ބައެވެ. ގޯޅިގަނޑު:
22ޕްރިސިޑެންސް 4ހުށަހެޅުނު ލިޔުންތަކަށް ބެލުމުން، […] ދެބައި ކޮށްފައިވަނީ އުތުރާއި ދެކުނަށް ވާހެންކަން އެނގެން އޮވެއެވެ. އެ ގޮތަށް ބައިކުރުމުން، […] އޮންނާނީ، އިރުމަތީ ބަޔަކާއި ހުޅނަ ގ ބައެކެވެ. […] މިގޮތަށް ބައިކުރުމުން، ހުޅަނގު ބަޔަށް ފާށަނާކިލެގެ މަގުން ވަދެވޭނެއެވެ. ނަމަވެސް އިރުމަތީ ބައި އޮންނާނީ ވަށައިގެންވާ ގޯތިތަކުން ތަޅުލެވިފައެވެ. އެހެންކަމުން، […] ދެބައިކޮށް، އިބްރާހިމް ރަޝީދު އާއި ޔޫސުފް ރަޝީދުއަށް ލިބުނު […] އިރުމަތީ ބަޔަށް (މިހާރު […] ) ވަނުމަށް ގޯޅިމަގެއް ހެދުމަކީ ޠަބީއީ ކަމެކެވެ. އެއީ ބަހުޘެއް ކުރަންޖެހޭވަރަށްވުރެ ސާފުކަމެކެވެ. ބަންޑާރަ ގޯޅިއެއްކަމަށް ބުނާ ބުނުން:
23ޕްރިސިޑެންސް 3މާލޭ ސިޓީ ކައުންސިލުން އަދި މިމައްސަލައިގައި ތަދައްޚުލުވި ފަރާތުން ހުށަހެޅި ބަޔާނުގައިވެސް ބަޔާންކުރާ ގޮތުން، […] ވަނުމަށް އޮތް 5 ފޫޓުގެ ފުޅާމިނުގެ ގާތްގަޑަކަށް 66 ފޫޓު ދިގުމިނުގެ ގޯޅިގަނޑަކީ ބަންޑާރަ ގޯޅިއެކެވެ. ޖުމްލަކޮށް ބުނާނަމަ، ދިވެހިރާއްޖޭގެ ހުރިހާ ބިމަކީވެސް ބަންޑާރަ ނުވަތަ ދައުލަތުގެ ބިމެވެ. ނަމަވެސް، ޤާނޫނީ އިސްތިލާޙުގައި، ބަންޑާރަ ބިމާއި، އަމިއްލަ ބިމާއި، ބަންޑާރަ އަމިއްލަ ބިމާއި ވަގުފު ބިމާއި މިފަދަ މުޞްޠަލަޙާތުތައ ބޭނުން ކުރަން އެ ބިންބިމާއި ގުޅިގެން ޝަރުޢީ އަދި ޤާނޫނީ ގޮތުން ވަކި ޙައްޤުތަކަކާއި ވާޖިބުތަކެއް އުފަންކުރުވުމުގެ ބޭނުމުގައެވެ. ވީމާ، ބަންޑާރަ ގޯއްޗަކުން ނަގާ ގޯޅިއަކީ މުޠްލަޤަށް ޢާންމު އުޞޫލުން މިކިޔާ "ބަންޑާރަ" ގޯޅިއެއް ކަމުގައި ބުނެވިދާނެ ކަމަކަށް ނުދެކެމެވެ.
24މިމައްސަލައިގައި، ބަޔާންކުރާ ގޯޅިއަ ކ، […] އިރުމަތީ ބަޔަށް (މިހާރު […] ) ވަނުމަށް ނަގާފައިވާ ގޯޅިއެކެވެ. ގޯޅި ނެގީ ކޮން ބަޔަކުންތޯ ކުރެވޭ ބަހުޘް:
25[…] ގޭގެ ފަރާތުން ބަޔާން ކުރަނީ އެގޯޅިއަކީ […] ގޭގެ ޖުމްލަ މިނުގެ ތެރެއިން ނެގިފައިވާ ގޯޅިއެއް ކަމަށެވެ. ނަމަވެސް […] ފަރާތުން އަދި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އެކަމަށް އިންކާރުކޮށްފައިވެއެވެ.
26[…] ބަހައިގެން، ބޮޑު ބައި ލިބިފައިވަނީ ޙަސަން މަނިކަށް ކަން ކުރިން ބަޔާން ކުރެވިއްޖެއެވެ. އެއީ 2207 ބައެވެ. އިބްރާހިމް ރަޝީދު އާއި ޔޫސުފް ރަޝީދުއަށް ލިބުނީ 2254 ބައެވެ.
27ހުށަހެޅި ލިޔުންތަކަށް ބަލާއިރު، މިހާރު […] ނަމުގައި އޮތް ބައިގެ ބޮޑުމިނަކީ 2600 އަކަފޫޓެވެ. އަދި […] ބައިކޮށް އިރުމައްޗަށ އޮތް ބައި (މިހާރު […] ) ގޭގެ ބޮޑުމިނަކީ 2070 އަކަފޫޓެވެ. ވީމާ، ބަޔާންވެދިޔަ އެންމެހައި ކަންކަމަށް ބާލައިރު، […] ބައިކޮށް އެގޭގެ އިރުމަތީ ބަޔަށް (މިހާރު […] ) ވަނުމަށް ނަގާފައިވާ ގޯޅިއަކީ، […] ދެބައި ކުރިއިރު، އެގޯތީގެ އިރުމަތީ ބަޔަށް (މިހާރު […] )އަށް ނިސްބަތްކުރެވޭ ބިމުގެ އޭރިޔާގެ ތެރޭގައި ހިމެނޭ ބަޔެއް ކަމަށް މަދަނީ ކަންކަން ސާބިތުކުރުމުގެ މިންގަނޑުން ބުރަވެވެއެވެ.
28މިދެންނެވި ގޮތަށް ބުރަވުމުގައި، 29 މާރިޗް 1979 ގައި ކުރަހާފައިވ ޗާޓުގައިވާ ގޮތަށާ ޓްރޭސް ކުރީކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ […] އާއި […] ގޭގެ ޗާޓުގައި، "އައިދޫގެ 2070 އަކަފޫޓް ( ގޯޅިގަޑުގެ އޭރިޔާނުލާ)" މިހެން ބަޔާން ކޮށްފައި އޮތް އޮތުމާއި އަދި ގޯޅިގަޑުގެ އޭރިޔާ ކަމަށް "330 އަކަފޫޓް ގޯޅިގަޑ" މިހެން ބަޔާންކޮށްފައި އޮތުމުން ފުދެއެވެ. މިއިން އަންގައިދޭ ކަމަކީ ގޯޅިގަޑުގެ އޭރިޔާ އާއި މިޗާޓުން ގުޅުވަނީ […] ގޭގެ އޭރިޔާއާކަމެވެ. އެގޯޅީ ގެ އޭރިޔާ ގުޅުވަނީ […] ނޫނާ ކަމެވެ.
29މީގެ އިތުރުން، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ލޭންޑް އެންޑް ބިލްޑިންގ ޑިޕާރޓްމަންޓުން، "މާލޭ ބްލޮކް މެޕް ޖުލައި 2016" އަށް ބަލާއިރު، 132 ވަނަ ބްލޮކްގައި […] އާ އިންވެގެން އޮތް ގޯޅީގައި ލިޔެފައިވަނީ، division)”-“ 5’ (aidhooge sub މިފަދައިންނެވެ. ހަމަ މިޗާޓްގެ 132 ވަނަ ބްލޮކްގ އެހެނެ ބައެއް ގޯޅިގައިވެސ މިއުޞޫލުން އެ ގެއެއް ނިސްބަތްވާ ނަމުގައި ސަބްޑިވިޝަން ޖަހައި ގޯޅި ފާހަގަ ކޮށްފައިވާއިރު، ބައެއް ގޯޅިގައި “Government Goalhi” މިހެން ޖަހާފައި އެބަހުއްޓެވެ. ވީމާ، މިވާހަކަ ދެކެވެނީ ދެބާވަތެއްގ ގޯޅީގެ ވާހަކަކަން ސާފުވެއެވެ. އަދި އެގއެއްގެ ނަމާއި ނިސްބަތްކޮށް ސަބްޑިވިޝަން ޖަހާފައިވާ ގޯޅިއަކީ އެނަމެއް ނިސްބަތްވާ ގެއިން ނެގިފައިވާ ގޯޅިގަޑެއްކަމަށް ދަލާލަތު ކުރެއެވެ. އިސްތިއުނާފުކުރާ ފަރާތް:
30ޕްރިސިޑެންސް 2މިމައްސަލައިގައިގައ އިސްތިއުނާފުކުރި ފަރާތަކީ، […] ހައްވާ މަނިކެ ދަރިންގެ ތެރެއިން، ފާޠިމަތު މުޙައްމަދެވެ. ޙައްވާ މަނިކެ 12 ޑިސެމްބަރު 2003 ގައި ނިޔާވުމާއި ގުޅިގެން ޙައްވާ މަނިކެގެ ތަރިކަ ބަހައި އެތަރިކައިން 64/03 ބައި މިލްކުވެއްޖެކަމަށް ޙުކުމް ކުރުމާއި ގުޅިގެން، […] ބެހެނިވެރިންގެ ތެރޭގައި މި B.NO.132 ފާޠިމަތު މުޙައްމަދު ހިމެނިފައިވާތީ، […] އެވެކިޔާ ގޯއްޗާއި ގުޅޭ ގޮތުން، އުފެދޭ ޚުޞޫމާތްތަކުގައި ދަޢުވާ ކުރުމާއި ދަޢުވާލިބިގަތުމުގެ ހައިޞިއްޔަތު ފާޠިމަތު މުޙައްމަދަށް ލިބިގެންވާކަން ސާފުވެއެވެ.
31ޕްރިސިޑެންސް 1ދަށު ކޯޓުނު މި ދެމައްސަލަ ފައިޞަލާ ކުރިއިރު، […] ގޭގެ ގޯތީގެ ބޮޑުމިނާއި އެގޯއްޗާއި ގުޅިފައިވާ ބަންޑާރަ ބިންކޮޅެއްގެ މިލްކުވެރިކަމާމެދު ޙައްވާ މަނިކެ ދުނިޔޭގައި އޭނާ ނުއުފެއްދި ސުވާލެއް މިހާރު ޙައްވާ މަނިކެގެ ތަރިކައިން ލިބުމުގެ ސަބަބުން ބެހެނިވެރިއަކަށްވި ފާޠިމަތު މުޙައްމަދަށް އުފެއްދި ދާނެ ޖާގައެއް ނެތްކަމަށް ބުނެފައިވެއެވެ. މިއީ ރަނގަޅު ބުނުމެއް ނޫނެވެ. ސަބަބަކީ، ހައްވާ މަނިކެއަށް […] ލިބިދިން އިރުންސުރެން ފެށިގެން، އޭނާ ދުނިޔެ ދޫކުރުމާއި ހަމައަށް […] ވަނުމަށް އެ އޮތް ގޯޅިއާމެދު ޚުޞޫމާތެއް އުފައްދާ އެއްވެސް ފަރާތެއް އޮތްކަން އެނގޭނެ ނެތުމެވެ. ވީމާ، އެ ގޯޅި އޮތް ޙލާމެދާ ޙައްވާ މަނިކުގެ ދުނިޔޭގައި އނެ އިސްވެ ސުވާލެއް އުފައްދަންޖެހޭ ސަބަބެއް ނެތެވެ. މިހާރުވެގެން އުޅޭ ގޮތަކީ، […] ވަންނަން އޮތް ގޯޅިގަޑަށް ވާގޮތަށް، […] ގޯތީގައި ކުރާ 12 ބުރީގެ ޢިމާރާތެއްގެ ދޮރު ކަނޑނަ ހުއްދް ދީގެން އުޅޭތީ، އުފެދިގެން އުޅޭ ޚުޞޫމާތެކެވެ. ވީމާ، […] ވަނުމަށް އޮތް ގޯޅީގެ މާޟީގެ ޙާލާ މެދީ މިހާރު އެއްވެސް ގޮތަކުން ބަދަލެއް އުނިކަމެއް ލިބޭނަމަ، […] ގޭގައި ދިރިއުޅޭ ކޮންމެ ފަރާތަކަށްވެސް އެކަން ފައިޞަލާކޮށް ގޮތެއް ނިންމަން ކޯޓަށް އާދެވޭނެއެވެ. ގޯޅީގެ މިލްކުވެރި ފަރާތް:
32ޕްރިސިޑެންސް 5މިފަދައިން ވަދެނިކުންނާނެ ގޮތެއްނެތް ތަޅުލެވިފައިވާ ބިމެއް ހުޅުވުމަށް ނުވަތަ ވަދެނިކުމެވުމަށް ހަދާ ގޯޅިއަކީ އެގޯޅިއެއ ނެގުން ގޯތީގެ ވަކިމީހެއްގެ މިލްކެއްނޫނެވެ. އެހެންކަމުން، އެގޯތީގެ ބެހެނިވެރިންގެ ތެރެއިން ވަކިމީހަކަށް ނިސްބީ މިލްކުވެރިކަމެއް އޮތްކަމަށް ދެކިގެން، ވަކިވަކި މުޢާމަލާތްތަކެއް އެފަދަ ގޯޅި އަކާމެދު ނުކުރެވޭނެއެވެ. މީސާލަކަށް އެގޯތީގެ ބެހެނިވެރިންގެ ތެރެއިން އެމީހަކަށް ނިސްބަތުން މިލްކުވާ މިންވަރު ވިއްކާލުން، ވަކިން ޢިމާރާތްކުރުނ ނޫން އެނޫންވެސް އެގޯތީގައި ދިރިއުޅޭ އެހެން އެންމެންނަށް އެގޯޅި ބޭނުން ނުކުރެވޭ ގޮތެއް ނުހެދޭނެއެވެ. އެހެންކަމުން، ޙައްވާ މަނިކެ ދުނިޔޭގައި އެގޯޅިއާމެދު އުފެދިފައިނުވާ ސުވާލެއް މިހާރު އުފަންވުމުން، އެކަން ޙައްލުކުރާނީ އެގޯޅި ނިސްބަތްވާ ގޯތީގެ މިލްކުވެރިން ނުވަތަ ބެހެނިވެރިން ނުވަތަ އެގޯތީގައި އެހިނދަކަށް އުޅޭ މީހުންނެވެ. ވީމާ، ފާށަނާކިލެގެ މަގުން […] ވަނުމަށް އޮތް ގޯޅި އަކީ […] ނިސްބަތްވާ އެގޯއްޗަށް ވަދެނިކުމެ އުޅުމަށް އޮތް ގޯޅިއެކެވެ. މައްސަލަ ނިންމުން:
33ޕްރިސިޑެންސް 6މިމައްސަލައިގައި ކަންހިނގާފައިވާ ގޮތް ދަށު ކޯޓުން ކަށަވަރުކޮށްދީފައިވަނީ މައްސަލައިގެ ވާޤިޢާތަކަށް ބަލައި ފުރިހަމައަށް ޞައްޙަކޮށް ނަމަވެސް މައްސަލައިގެ ނިންމުމަށް ވާޞިލްވެފައިވަނީ ރަނގަޅަށް ނޫންކަމަށްވާތީ، މިދެމައްސަލަ ދަށު ކޯޓަށް ތަޙުވީލު ކުރުމަކާއި ނުލައި، މިދެމައްސަލައިގައި ޢަމަލު ކުރަންޖެހޭ ޤާނޫނީ އުޞޫލު ކަނޑައަޅައި މިދމައްސަލަ ނިންމަން ފެނެއެވެ.
34މިދެމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް ތާއީދު ކުރަމެވެ. ޤާނޫނު ނަންބަރު 2010/22 (ކޯޓުތަކުގެ ޤާނޫނު)ގެ 46 ވަނަ މާއްދާގެ (ހ)
35މި ދެމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް ތާއީދު ކުރަމެވެ.
36މި ދެޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 22/2010 (ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު)
- މަޙްކަމަތުއްޝަރުޢިއްޔާގެ ނަންބަރު 63/3/591 ޤަޟިއްޔާ (10 ޖޫން 1963)
- މަދަނީ ކޯޓުގެ ނަންބަރު 1567/MC/2004 ޤަޟިއްޔާ
- ބެންޗު
- މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް، ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް