ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/356
މަދީޙާ މުޙައްމަދު ދީދީ ވ. މާލެ ސިޓީ ކައުންސިލް، 2021/HC-A/356
Madheehaa Mohamed Didi v. Male Sitee Council 2021/HC-A/356 (2021/HC-A/356, High Court of the Maldives, 29 February 2024)
މަދީޙާ މުޙައްމަދު ދީދީ ވ. މާލެ ސިޓީ ކައުންސިލް
މައިގަނޑު ސުވާލު
ބަންޑާރަ ގޯއްޗެއް ދެބައިކުރިއިރު ދެކުނު ބަޔަށް ވަނުމަށް ނެގި 300 އަކަފޫޓުގެ ގޯޅިއަކީ، ލާޖެއްސުމުގެ މުޢާމަލާތުން އެ ދެކުނު ބައި (ހ. ސިލްވަރޝައިން) ލިބުނު ފަރާތުގެ ގޯތީގެ ބައެއްތޯ، އަދި އެ ގޯޅި ހިމަނައި ރަޖިސްޓްރީ އަލުން ހަދައިދިނުމަށް މާލޭ ސިޓީ ކައުންސިލަށް އަމުރުކުރަންޖެހޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ވަށައިގެން އެހެން ގޯތިތަކުން ތަޅުލެވިފައިވާ ގޯއްޗެއް ދެބައިކުރުމުން އެއް ބަޔަށް ވަނުމަށް އެ ގޯތީގެ ބިމުން ނަގާ ގޯޅިއަކީ އަޞްލު ގޯތީގެ ބިމުން ނެގި ގޯޅިއެކެވެ. އެ ގޯޅިއަކީ އެ ބަޔަށް ވަދެނިކުތުމަށް ހެދި ގޯޅިއެއްކަން ލިޔެކިޔުމުން ސާބިތުވާނަމަ، އެ ގޯޅީގެ މިލްކުވެރިކަން އެ ބައި ލިބުނު ފަރާތުގެ ރަޖިސްޓްރީގައި ހިމެނިފައި އޮންނަން ނުޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19، 22)
- ޤާނޫނީ އިސްތިލާޙުގައި 'ބަންޑާރަ'، 'އަމިއްލަ'، 'ވަގުފު' ފަދަ މުޞްޠަލަޙާތު ބޭނުންކުރަނީ ވަކި ޙައްޤުތަކާއި ވާޖިބުތައް އުފައްދުމަށެވެ. ބަންޑާރަ ގޯއްޗަކުން ނަގާ ގޯޅިއަކީ މުޠުލަޤަށް ޢާންމު މާނައިގެ 'ބަންޑާރަ' ގޯޅިއެއް ނޫނެވެ. އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ މާނަކުރުމުގައިވާ ގޮތުން ބަންޑާރަ ބިމުން އަމިއްލަ ބޭނުމަށް ކަނޑައަޅައި ހެދިފައިވާ މަގުތަކާއި ގޯޅިތައް 'ބަންޑާރަ މަގު'ގެ ޢާންމު މާނައިގެ ތެރޭގައި ނުހިމެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ތަޅުލެވިފައިވާ ބިމެއް ހުޅުވުމަށް ނުވަތަ ވަދެނިކުމެވުމަށް ހަދާ ގޯޅިއަކީ އެ ގޯޅި ނެގުނު ގޯތީގެ ވަކި މީހެއްގެ މިލްކެއް ނޫނެވެ. އެހެންކަމުން ބެހެނިވެރިންގެ ތެރެއިން ވަކި މީހަކަށް ނިސްބީ މިލްކުވެރިކަމެއް އޮތްކަމަށް ދެކިގެން އެ ގޯޅިއާމެދު ވިއްކުން، ވަކިން އިމާރާތްކުރުން ފަދަ މުޢާމަލާތެއް ނުވަތަ އެހެން މީހުންނަށް ބޭނުން ނުކުރެވޭނެ ގޮތެއް ނުހެދޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- ބިމާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ ދަށުން ބިމާއި ގޯއްޗާބެހޭ ހުރިހާ މުޢާމަލާތެއް ކުރަންވާނީ އެ ޤާނޫނާ އެއްގޮތަށެވެ. ލާޖެއްސުމުގެ އުޞޫލެއް ޤާނޫނުގައި ނެތްނަމަވެސް، ލާޖެއްސުން ކުރާނަމަ ކުރަންވާނީ ބިމާބެހޭ ޤާނޫނުގެ ހަމަތައް ހިފެހެއްޓޭ ގޮތަކަށެވެ. ބޮޑުމިން ތަފާތު ބަންޑާރަ ބިމަކާއި އަމިއްލަ ބިމެއް ލާޖެއްސުމުން، ހިބަ ނުވަތަ ވަޞިއްޔަތުގެ ކެޓަގަރީގެ މީހުންނާ ދެމެދު ނޫން ގޮތެއްގައި ބަންޑާރަ ބިން ހިލޭ ބަދަލުވުމަކީ ޤާނޫނު ނުދަންނަ ގޮތަކަށް ބިން ބަދަލުވުމެކެވެ. ވިޔަފާރީގެ އުޞޫލުން ބަންޑާރަ ބިން ވިއްކުމުގެ ކުރިން ދައުލަތުން ގަނެ އަމިއްލަކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-26)
- ލާޖެއްސުމަކީ ކޯޓުތަކުން ހުއްދަކޮށްގެން ކުރާ މުޢާމަލާތެއް ކަމުގައިވިޔަސް، އެ މުޢާމަލާތް ކުރި މިންވަރަށްވުރެ ފުޅާކޮށް މާނަ ނުކުރެވޭނެއެވެ. ވަކި ބޮޑުމިނެއް ކަނޑައެޅި ލާޖެއްސުމުގެ ތެރެއިން ބިން ލިބުނު ފަރާތަށް އެ މިނަށްވުރެ އިތުރު ބިމެއް (ގޯޅި) މިލްކުވާނެ ގޮތަކަށް އެ މުޢާމަލާތް މާނަ ނުކުރެވޭނެތީ، އެ ގޯޅީގެ މިލްކުވެރިކަމަށް ކުރާ ދަޢުވާއަކީ ކުރެވޭނެ ދަޢުވާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27-29)
- ބައެއްގެ ތެރެއަށް ވަނުމަށް ނެގި ގޯޅިއެއް އެ ބަޔަށް ވަނުމަށް އޮތް ގޯޅިއެއްގެ ގޮތުގައި ބާއްވަންޖެހެއެވެ. ރަޖިސްޓްރީ އޮތް ފަރާތްވެސް ހިމެނޭ ގޮތަށް، އެ ބަޔަށް ވަނުމަށް ދަތިވާނެ ކޮންމެ ބާވަތެއްގެ މުޢާމަލާތެއް އެ ގޯޅިއާމެދު ނުކުރެވޭނެއެވެ. ސަބަބަކީ ފަހުން އެ ބައި ބެހިއްޖެނަމަ އުފެދޭ ބައިތަކަށް ވަދެވޭނެ ގޮތެއް ނެތުމުގެ ފުރުޞަތު އޮތުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30-31)
ޝަނީޒް ޢަބްދުﷲ ތާޢީދު ކުރެއެވެ.) މައްސަލައިގެ ތަޢާރަފް
1މިއީ، ސިވިލް ކޯޓުގެ ނަންބަރު: 2020C/-Cv/440 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، […] / މަދީޙާ މުޙައްމަދުދީދީ (މީގެ ފަހުން "މަދީޙާ މުޙައްމަދުދީދީ" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލޭ ސިޓީ ކައުންސިލް (މީގެ ފަހުން "މާލޭ ސިޓީ ކައުންސިލް" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް)" އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
2[…] އެވެ ކިޔާ ބަންޑާރަ ގޯއްޗަކީ، ކިހާދޫ ޙުސައިން މޫސާފުޅުގެ، މޫސާ ނަޞީރުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ގޯއްޗެކެވެ. މޫސާ ނަޞީރު ނިޔާވުމާއި ގުޅިގެން، ޕްރޮޕަރޓީ ކްލައިމްސް ޑިވިޝަންގެ ނަންބަރު:58/PCD/78 ޤަޟިއްޔާއިން ތަރިކަ ބަހައި، މޫސާ ނަޞީރު ނިޔާވިއިރު އިން އަނބި، މަރިޔަމް އަޙްމަދަށާއި ފިރިހެންދަރި، މުޙައްމަދު ނަޞީރު އަށާއި އަންހެންދަރި […] ފާޠިމަތު ނޒަރާއަށ ތަރިކައިން ބައިލިބޭ މިންވަރު ކަނޑައަޅާ ބަޔާން ކޮށްފައިވެއެވެ.
3އޭގެފަހުން، މަރިޔަމް އަޙްމަދުގެ ފަރާތުން، […] ރ އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ބައި ކޮށްދިނުމަށް އެދި ލޭންޑް ރެޖިސްޓްރޭޝަން ޑިވިޜަންއަށް ހުށަހެޅިއެވެ. . މާކެންޓައިލް ޑިވިޝަންގެ ނަންބަރު:172/MD/79 ޤަޟިއްޔާގައި ޙަވާލާދީފައިވާ، ވުޒާރަތުއްދާޚިލިއްޔާ (ބ) ގެ ނަންބަރު: ބ.1558 ރަޖިސްޓްރީ (31 މެއި 1967.) އެހުށަހެޅުމާއި ގުޅިގެން، 17 މާރިޗް 1979 ގައި، […] އެވެ ކިޔާ ބަންޑާރަ ގޯތި ބެހި ގޮތުގެ ޗާޓެއް ކުރަހާފައިވެއެވެ. އެ ޗާޓުގެ ނަކަލު ތިރީގައި އެވަނީއެވެ؛
4މަތީގައި ބަޔާން ކުރެވުނު ޗާޓުން އެނގޭ ގޮތުގައި، […] ވަރު އެވެ ކިޔާ ބަންޑާރަ ގޯއްޗަކީ، 80 ފޫޓް ދިގު 40 ފޫޓް ފުޅާ ޖުމްލަ 3200 އަކަފޫޓުގެ ގޯއްޗެކެވެ. އެ ގޯތި ދެ ބައި ކުރިއިރު، އުތުރަށ އޮތް ބައިގެ ބޮޑު މިނުގ ގޮތުގައެ ބަޔާނި ކުރަނީ، 50 ފޫޓް ފުޅާ 34 ފޫޓް ދިގު ޖުމްލަ 1700 (ސަތާރަ ސަތޭކަ) އަކަފޫޓެވެ. އަދި ދެކުނަށް އޮތް ބައިގެ ބޮޑު މިނުގެ ގޮތުގައި ބަޔާން ކުރަނީ، 40 ފޫޓް 30 ފޫޓް ޖުމްލަ 1200 (ބާރަ ސަތޭކަ) އަކަފޫޓެވެ. ދެކުނަށް އޮތް ބަޔަށް ވަންނަން އޮތް ގޯޅީގެ ބޮޑު މިން ކަމުގައި ބަޔާނީ ކުރަނީ، 50 ފޫޓް 6 ފޫޓް ޖުމްލަ 300 (ތިން ސަތޭކަ) އަކަފޫޓެވެ.
5މަރިޔަމް އަޙްމަދުއަށް އެޑިވިޜަނުން ފޮނުވި ނަންބަރު:A/MIS/79/60-34 (19 މެއި 1979) ސިޓީގައި ބަޔާން ކޮށްފައިވަނީ؛ " […] އެވެ ކިޔާ ބަންޑާރަ ގޯތި ބައިކުރުމަށް މިޑިވިޝަނުން ފާހަގަ ކޮށްފައިވާ ގޮތުގެ މަތިން ގޯތީގެ އުތުރުބައި ގައިވާ އެންމެހާ ޢިމާރާތް ތަކާއި ވަޅުފަދަ ތަންތަން އަލްފާޟިލާ މަރިޔަމް އަޙްމަދު އާއި މަރިޔަމް އަޙްމަދުގެ މުޙައްމަދު ނަޞީރުއަށް، ގޯތީގެ ދެކުނު ބައި (ވަންބަޔާއެކު)ގައިވާ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އަލްފާޟިލާ ފާޠިމަތު ނަޒީރާއަށް މިލްކުވެރިކަން ހަމަޖައްސަވައި ޝަރުޢީ ގޮތުން ނންމެވުމާމެދި މިޑިވިޝަންގެ އިޢުތިރާޟު އެއް ނެތެވެ. މައްސަލަ ޝަރީޢަތުން ނިންމެވުމަށްފަހު 15 ދުވަހުގެ ތެރޭގައި ޝަރުޢީ ލިޔުން (ނަކަލަކާއިއެކު) މިޑިވިޝަނަށް ހުށަހަޅުއްވައި ރަޖިސްޓްރީ ކުރުމަށް އެދިލައްވަން ވާނެއެވެ. މިގޮތުން ހުށަހަޅުއްވާ ޝަރުޢީ ލިޔުމުގައި އިމުގެ މެދުފާރުތައ އެގެން އޮންނަންވާނެއެވެ. މިސިޓީގައިވާ މައްސަލަ މިއަދުން ފެށިގެން 5 ދުވަހުގެ ތެރޭގައި ޝަރީޢަތަށް ހުށަނާޅުއްވައިފިނަމަ މި ސިޓީ ބާޠިލު ވާނެއެވެ."
6މިސިޓީގައި ބަޔާންކުރާ 05 ދުވަސް ހަމަވުމުގެ ކުރިން، 21 މެއި 1979 ގައި މާކެންޓައިލް ޑިވިޝަނަށް މަރިޔަމް އަޙްމަދު މައްސަލަ ހުށަހެޅިއެވެ. އެމައްސަލަ ބަލާފައިވަނީ އެޑިވިޝަނުގެ ނަންބަރު:172/MD/79 ޤަޟިއްޔާ އިންނެވެ. މައްސަލަ ހުށަހަޅަމުން މަރިޔަމް އަޙްމަދު ބުނެފައިވަނީ "...ގޯތިވަނީ ބައިކުރުމަށް އިންޖައްސަވާފަ..." ކަމަށެވެ. މި ޤަޟިއްޔާގެ ރިޕޯޓުން އެނގޭ ގޮތުގައި، […] އެވެ ކިޔާ ގޯތި ލޭންޑް ރެޖިސްޓްރޭޝަންސް ޑިވިޝަނުން ބައިކުރެއްވީ އިރާއި ހުޅަނގާއި ވާހެން 02 (ދެއެއް) ބަޔަށެވެ. ގޯތީގެ އުތުރު ބައިގައިވާ ޢިމާރާތްތައް، މަރިޔަމް އަޙްމަދާއި މުޙައްމަދު ނަޞީރުއަށް މިލްކު ކޮށްދީފައިވެއެވެ. އަދި ގޯތީގެ ދެކުނު ބައިގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ފާޠިމަތު ނަޒީރާއަށ މިލްކް ކޮށްދީފައިވެއެވެ. ފާޠިމަތު ނަޒީރާއަށް މިލްކުވި ބަޔަށް […] އެވެ ކިޔައި ރަޖިސްޓްރީ ކޮށްފައިވެއެވެ. ރަޖިސްޓްރީ ނަންބަރު:ބ.14366 ފާޠިމަތު ނަޒީރާއަށް ލިބުނު ބައި ([…] ) ލާޖެއްސުން
7[…] އެވެ ކިޔާ ބަންޑާރަ ގޯތިން ފާޠިމަތު ނަޒީރާއަށް މިލްކުވީ 1200 އަކަފޫޓުގެ ގޯއްޗާއި އެގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން މަދީޙާ މުޙައްމަދުދީދީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […] އެވެ ކިޔާ 617 އަކަފޫޓުގެ އަމިއްލަ ގޯއްޗާއި އެގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދައު ލާޖައްސައި، އެއްގޯތި އަނެއްގޯއްޗައި ބަދަލުކޮށް ސިވިލް ކޯޓުގެ ނަންބަރު:-418/Cv C/2016 ޤަޟިއްޔާއިން 12 އޭޕްރީލް 2016 ގައި ނިންމާފައިވެއެވެ. އޭގެ ފަހުން، […] އެވެ ކިޔާ ބަންޑާރަ ގޯތީގެ ދެކުނު ބައިން ނެގުނު 1200 (ބާރަސަތޭކަ) އަކަފޫޓުގެ ބައި މަދީޙާ މުޙައްމަދުދީދީ އަމިއްލަކޮށް އެބައި އަމިއްލަ ގޯއްޗެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވެއެވެ. އަދި މި ގޮތައް މިދެގޯތި ބަދަލު ވުމާއި ގުޅިގެން، […] އެވެ ކިޔާ ބަންޑާރަ ގޯތީގެ ނަން […] ޝައިންގ ގޮތުގައެ ބަދަލު ކޮށްފައިވެއެވެ.
8ކުރިން ބަޔާން ކުރިހެން، […] އެވެ ކިޔާ ބަންޑަރަ ގޯތީގެ އުތުރު ބައި ކަމުގައިވާ 1700 އަކަފޫޓުގެ ބަންޑާރަ ގޯއްޗަކީ، މަރިޔަމް އަޙްމަދާއި އޭނާގެ ދަރި މުޙައްމަދު ނަޞީރު އާ ދެމީހުންގެ ބައެވެ. މިބައިގެ ތެރެއިން މަރިޔަމް އަޙްމަދަށް ލިބޭ ބައި އޭނާގެ އަންހެންދަރި ފަރީދާ މުޙައްމަދަށް ހިބައިން ދީފައިވެއެވެ. އެހެންވެ، […] އެވެ ކިޔާ ގޯތީގެ އުތުރު ބައި، އުތުރާއި ދެކުނު ވާހެން ރޯނު ދަމައި ދެބައި ކުރެވުނެވެ. މިދެބަޔަށްވެސް މަޖީދީމަގުނ ވަދެވެން އޮވެއެވެ. މިދެބައިގެ ތެރެއިން ފަރީދާ މުޙައްމަދަށް ހިބައިން ލިބުނު ބަޔަށް "ދެނޫ" އެވެ ކިޔއަ ރަޖިސްޓްރީ ކޮށްފައިވެއެވެ. މިބަޔަކީ […] އެވެ ކިޔާ ގޯތީގެ ދެކުނު ބަޔަށް ވަދެނިކުތުމަށް ހެދި ގޯޅިއާ އިންވެގެން އޮތް ބައެވެ. ކޯޓު ނަންބަރު 4 ގެ ފޮތުގެ ނަންބަރު 70 ގެ 1، ސަފްހާ ނަންބަރު 125، ޤަޟިއްޔާ ނަންބަރު 4/93-14/JC ގެ ފަތުގެ ނަންބަރު 4ސީ.ހ.93/19 ގެ ހިބަ ފަތް މަދަނީ ކޯޓުގެ ނަންބަރު 1270/MC/98 ޤަޟިއްޔާ ރަޖިސްޓްރީ ނަންބަރު 12614
9ފަރީދާ މުޙައްމަދަށް ލިބުނު ބައިގެ ޢިމާރާތް ކުރުމަށް ކުރެހިއިރު، […] އެވެ ކިޔާ ގޯތީގެ ދެކުނު ބައި (މިހާރު […] ) އަށް ވަދެނިކުތުމަށް ހެދި ގޯޅި އަށް ދޮރު ކަނޑައި އެގޯޅީގެ ބޭނުން ކުރަންޖެހޭ ގޮތށަ ކަންކަން ކޮށަފައިވުމުގެ ނަތީޖާއަކީ މި ގޯޅިއާ މެދު ޚުޞޫމާތް އުފެދުމެވެ. މަދީޙާ މުޙައްމަދުދީދީގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުން
10ލާޖެއްސުމަށްފަހު، […] އެވެ ކިޔާ ގޯތި […] ނަމުގައި ރަޖިސްޓްރީ ހެދިއިރު، 300 (ތިންސަތޭކަ) އަކަފޫޓު އުނިކޮށްފައިވަނީ މިނިސްޓްރީ އޮފް ޖަސްޓިސް / މާރކެންޓައިލް ޑިވިޝަންގެ ނަންބަރު: 172/MD/79 ޤަޟިއްޔާ ނިންމެވި ގޮތާއި ޚިލާފަށްކަމަށްބުނެ، ގޯތީގެ ހުޅަނޑު ފަރާތުން މަޖީދީމަގާއި އިންވެގެން އުނިކޮށްފައިވާ 300 (ތިންސަތޭކަ) އަކަފޫޓުގެ ބިންކޮޅަކީ މިހާރު […] ކިޔް ގޯތީގެ ބައެއްކަމަށް ކަނޑައަޅައޯ ދެއްވައި، އެ 300 (ތިންސަތޭކަ) އަކަފޫޓުގެ ބިން ހިމަނައިގެން […] ކިޔާ ގޯއްޗަށް އިމާރާތާއި ގޯތީގެ ރަޖިސްޓްރީ އަލުން ހަދައާ ދިނުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި މަދޙީ މުޙައްމަދުދީދީގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. މިމައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު: 440/Cv-C/2020 ޤަޟިއްޔާއިންނެވެ. މަދީޙާ މުޙައްމަދުދީދީގެ ފަރާތުން އިސްތިއުނާފުކޮށްފައިވަނީ ސިވިލް ކޯޓުން މިމައްސަލަ ބަލައި ނިންމި ގޮތެވެ. ސިވިލް ކޯޓުން ނިންމި ގޮތް:
11ސިވިލ ކޯޓުގް ނަންބަރު: 440/Cv-C/2020 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ؛ " ދެންފަހެ، އިސްވެ ދިޔަ ބަޔާންތަކާއި، ފާހަގަ ކުރެވުނު ނުކުތާތަކުގެ މައްޗަށް ބަލާއިރު، […] މަދީޙާ މުޙައްމަދުދީދީގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ހުށަހަޅާފައިވާ މި މައްސަލައިގައި، […] ކިޔު ގޯތިން ނަގާފައިވާ 300 އަކަފޫޓުގެ ގޯޅިއަކީ […] (މިހާރު […] )އެވެ، ކިޔާ ގޯތީގެ ބައެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތަތީއާއި، ދަޢުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް، […] ކިޔު ގޯތިން ނަގާފައިވާ 300 އަކަފޫޓުގެ ގޯޅިއަކީ […] (މިހާރު […] )އެވެ، ކިޔާގޯތީގެ ބައެއްކަމަށް ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތަތީ، […] (މިހާރު […] )އެވެ، ކިޔާގޯތީގެ ރަޖިސްޓްރީ އިސްލާޙުކުރުމަށް، މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަންގައި އަމުރުކުރާނެ، ތަނެއް ނެތްކަމުގައި ކަނޑައަޅައި ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ. އިސްތިއުނާފީ ނުކުތާތައް:
12ސިވިލް ކޯޓުގެ ނަންބަރު: C/2020-Cv/440 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، މަދީޙާ މުޙައްމަދުދީދީގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
12.1- ސިވިލް ކޯޓުގެ ނަންބަރު 440/Cv-C/2020 ޤަޟިއްޔާ އެކޯޓުން ބަލައި ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާއާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.
12.2- ސިވިލް ކޯޓުގެ ނަންބަރު 440/Cv-C/2020 ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.
12.3- ސިވިލް ކޯޓުގެ ނަންބަރު 440/Cv-C/2020 ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމެވުމުގައި މަދޙީ މުޙައްމަދުދީދީގެ ފަރާތުން ހުށަހެޅި ހެކިތަކަށާއި، ނުކުތާތަކަށް މައްސަލަ ބެއްލެވި ފަނޑިޔާރު އެއްވެސް ވަރަކަށް ރިޢާޔަތްކުރައްވާފައި ނުވުމުން މިމައްސަލަ ސިވިލް ކޯޓުން ހިންގައި ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ފަދައިން ޢަދުލުވެރިކަމާއެކުގައި ބެލެވެން ނެތްކަމަށްބުނެ ހުށަހެޅި ނުކުތާ.
12.4- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/214 ޤަޟިއްޔާގައި ބައްލަވައި ނިންމަވާފައިވާ މައްސަލައަކީ މިމައްސަލައާ އެއްފަދަ މައްސަލައެއްކަމާއި، އެހެންނަމަވެސް، މިމައްސަލަ ސިވިލް ކޯޓުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/214 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި ހަމަތަކަށް ރިޢާޔަތްކުރެއްވުމެއްވެސް ނެތިކަމަށްވާތީ، ސިވިލް ކޯޓުން މިމައްސަލަ ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި، ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ޚިލާފަށްކަމށްބުނެ ހުށަހެޅި ނުކުތާ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:
13އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާ ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާއާ ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
13.1- އިސްތިއުނާފީ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ނުކުތާގެ ތަފްސީލްގައި އިސްތިއުނާފކުރު ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ސިވިލް ކޯޓުން އިސްތިއުނާފުކުރެވިފައިމިވާ މައްސަލަ ނިންމާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިތަކާއި އަދި އެހެކިތަކަށް އެއްވެސް ވަރަކަށް ރިޢާޔަތްކުރުމެއް ނެތިކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި އޮތް ހުސޫމާތް ކަނޑައެޅުމަށްޓަކައި ފަނޑިޔާރުން ރިޢާޔަތް ކުރަންވާނީ މިގޯތި ބައިކުރުމުގެ މައްސަލަ ނިންމެވި ޤަޟިއްޔާއަށްކަމަށެވެ. އެގޮތުން ހުސޫމާތު އުފެދިގެން އުޅޭ މައްސަލައިގައި […] ކިޔު ގޯތި 2 ބައި ކުރިއިރު އެގޯތިން ބަންޑާރަ ގޯޅިއެއް ނ ގިކަނ ނުވަތް ނޫންކަން ޝަރީޢަތުން ދެނެގަންނަން އޮންނާނެ ހެއްކަކީ މާރކެންޓައިލް ޑިވިޝަންގެ ނަންބަރު:172/MD/79 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުކަމަށްވީނަމަވެސް، ސިވިލް ކޯޓުން މައްސަލަ ނިންމަވާފައިވަނީ މި ޤަޟިއްޔާއިން އެނގެން އޮންނަގޮތާއި ޚިލާފަށްކަމަށެވެ. އަދި ސިވިލް ކޯޓުން […] އަށް މަޖީދީމަގުން ވަންނަން އޮންނަ ބައިގައި ހިމެނޭ 300 އަކަފޫޓުގެ ބިމަކީ […] ގޯތީގެ ބައެއްކަމަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތްކަމަށް ބުނފައެ ވީނަމަވެސް، އެޙުކުމަށް ސިވިލް ކޯޓުން ވާސިލްވީ ކޮން ހެއްކެއްގެ މައްޗަށް ބުރަވެކަމެއް ނޭނގޭކަމަށެވެ. އަދި މަދޙީ މުޙައްމަދުދީދީގެ ފަރާތުން ހުށަހެޅި ހެކިތަކަށާއި އިސްތިއުނާފީ 1 ވަނަ ނުކުތާގެ ތަފްޞީލްގައި ފާހަގަކޮށްފައިވާ ކަންކަމަށް އެއްވެސް ވަރަކަށް ރިޢާޔަތް ކުރައްވާފައި ނުވާތީ، މިމައްސަލައިގައި ޢަދުލުވެރިކަން ޤާއިމުކޮށްދެވިފައިވާކަމަށް ބެލުމުގެ ޖާގައެއް ނެތްކަމަށެވެ.
13.2- އިސްތިއުނާފީ ހަތަރުވަނަ ނުކުތާގެ ތަފްސީލްގައި އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2020/HC-A/214 ޤަޟިއްޔާގައި ހުސޫމާތު އުފެދިގެން އުޅޭ ގޯޅީގެ މައްސަލައާއި، މިމައްސަލައިގައި ހުސޫމާތު އުފެދިގެން އުޅޭ ގޯޅީގެ މައްސަލައަކީ އެއްގޮތަކަށް އޮތް ދެ މައްސަލައެއްކަމަށެވެ. އަދި ހަވާލާދެވުނު ހައިކޯޓުގެ ޤަޟިއްޔާގައި ނިންމާފައިވަނީ އެއީ ބަންޑާރަ ގޯޅިއެއް ނޫންކަމަށާއި، އެގޯޅިއަކީ އެބަޔަށް ވަދެނިކުތުމަށްޓަކައި އެބައިގެ ތެރެއިން ނެގިފައިވާ އެބައިގެ ބައެއްކަމަށެވެ. އެހެންނަމަވެސް ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ މިޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ހަމަތަކަށް އެއްވެސް ވަރަކަށް ރިޢާޔަތްކުރެއްވުމެއްނެތިކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:
14އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2020-Cv/440 ޤަޟިއްޔާގެ ޙުކުމް ބާޠިލް ކުރަންޖެހޭ ކަމަށް ކަނޑައަޅުއްވައި ދެއްވައި، މަދީޙާ މުޙައްމަދުދީދީ ހުށަހަޅާފައިވާ ގޮތަށް […] ވަންނައިރު، މަޖީދީމަގާ އިންވެގެން އޮންނަ 300 އަކަފޫޓުގެ ބިން، […] ގޯތީގެ ރަޖިސްޓްރީ ހެދިއިރު، (ކުރީގެ […] )، އެގޯތީގެ ބޮޑުމިނުން އުނިކޮށްފައިވަނީ، […] އެވެ ކިޔާ ގޯތި ބައިކުރުމުގެ މައްސަލަ ޝަރީޢަތުން ނިންމެވިގޮތާއި ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، އެބިމަކީ […] ގޯތީގެ ބައެއްކަމަށް ކަނޑައަޅުއްވައި ދެއްވުމާއެކު އެބިން ހިމަނައިގެން […] އެވެ ކިޔާ ގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އަލުން ހައްދަވައީ ދެއްވުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދެއްވައި މައްސަލަ ނިންމަވައި ދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:
15އިސްތިއުނާފުރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާގެ ޖަވާބު ވަރަށް ތަފްޞީލްކޮށް ލިޔުމުން ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކުގެ ރައްދުގައި ވަރަށް ތަފްސީލްކޮށ ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
15.1- އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން އިޝާރާތްކުރ ސިޓީއަކާ މިމައްސަލާގައި ބަޔާންކުރާ މާކެންޓައިލް ޑިވިޝަންގެ ނަންބަރު 172/MD/79 ޤަޟިއްޔާގެ ޙުކުމް ތަރުޖަމާކުރާ ސަނަދެއް ނޫންކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން މިނުކުތާގައި ބަޔާންކުރާ ވާހަކަތަކަކީ އިސްތިއުނާފު ނުކުތާގެ ބޭރުން ނުކުތާއާއި ގުޅުމެއްނެތި ހިމަނާފައިވާ ވާހަކަތަކއްކަމަށެ ވެ.
15.2- އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތނު ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން މިމައްސަލައިގައި ސިވިލް ކޯޓަށް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ފާތިމަތު ނަޒީރާއަކީ […] ބައިކުރުމަށް ދެކުނުބައ ލިބި […] ނަމުގައި ރަޖިސްޓްރީ ކުރެވުނު އެގޯތީގެ ކުރީގެ ވެރިފަރާތްކަމުން، އެފަރާތަކީ ހެއްކެއްގެ ގޮތުގައި ހުށަހެޅޭނެ ފަރާތެއް ނޫންކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުން އެފަރާތް ޙާޟިރުނުކޮށް އޮތުމަކީ މައްސަލައިގެ ނިންމުމަށް އެއްވެސް އަސަރެއްކުރާނެ ކަމެއްނޫންކަމަށެވެ.
15.3- އިސްތިއުނާފީ ތިންވަނަ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި ސިވިލް ކޯޓުން ޚިލާފްވި ގޮތެއް އިސްތިއުނާފުކުރާ ފަރާތުން ތަފްސީލްކޮށްދެއްވާފައިނުވާކަމަށެވެ. އެހެންކަމުން މިއީ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ބަލައިގަނެވިދާނެ ނުކުތާއެއް ނޫންކަމަށެވެ.
15.4- އިސްތިއުނާފީ ހަތަރުވަނަ ނުކުތާގެ ތަފްސީލްގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/214 ޤަޟިއްޔާއާއި އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާއާއި ތަފާތު ކަމަށެވެ. މިގޮތުން އިސްތިއުނާފުކުރެވިމިވާ ޤަޟިއްޔާގައި މާކެންޓައިލް ޑިވިޝަންގެ ނަންބަރު 172/MD/79 ޤޟިއްޔަ ނިންމިއިރު، ގޯތި ބައިކުރުމަށް އިންޖަހާފައިނުވާކަމަށާއި، ބައިތަކުގެ މެދުގައި މެދުފާރެއްވެސް ރާނާފައި ނުވާކަމަށެވެ. އަދި މިގޯތީގެ ބޮޑު މިނަކީ 3200 އަކަފޫޓުކަމަށާއި، ގޯޅި މަގު އުނިކުރުމުން ގޯތީގެ ބޮޑުމިނަކީ 2900 އަކަފޫޓު ކަމަށެވެ. ގޯތި ބަހާފައިވަނީ ބެހެނިވެރިންގެ މެދުގައި އެއްބަސްވެގެން ގޯޅިމަގު ނުހިމަނައި ފާތިމަތު ނަޒީރާއަށް 1200 އަކަފޫޓުކަމަށާއި، މުޙައްމަދު ނަސީރު އަދި މަރްޔަމް އަޙްމަދުއަށް 1700 އަކަފޫޓުކަމަށެވެ. އެހެންކަމުން […] ގޯތި ބައިކޮށްފައިވަނީ ގޯޅިމަގު ބާއްވައި ގެންކަމަށާއި، އެ ގޯޅިމަގަކީ ބައިވެރިންގެ ތެރެއިން ފާޠިމަތު ނަޒީރާއަށް މިލްކުވެފައިވާ ބައިގައި ހިމެނޭ ތަނެއް ނޫންކަމަށެވެ. މީގެ އިތުރުން އިސްތިއުނާފުކޮށްފައިވާ ފަރާތަކީ މާކެންޓައިލް ޑިވިޝަންގެ ނަންބަރު 172/MD/79 ޤޟިއްޔަ އާއާ އެއްވެސް ގުޅުމެއް ހުރި ފަރާތެއް ނޫންކަމަށާއި، އިސްތިއުނާފުކުރާ ފަރާތަށް […] 1200 އަކަފޫޓު ލިބިފައިވަނީ ލާޖެއްސުމުންކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
16އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2020-Cv/440 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި އެއްގޮތަ ށްކަމަށްވާތީ، އެހުކުމަށް ބަދަލުހެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަވައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:
17މި މައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު: 440/Cv-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެމައްސަލަ އިސްތިއުނާފުކުރުމަށް މަދީޙާ މުޙައްމަދުދީދީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
18[…] ރ އެވެ ކިޔާ ގޯތީގެ ދެކުނު ބަޔަށް ވަނުމަށް ނަގާފައިވާ ގޯޅި އަކީ މަދީޙާ މުޙައްމަދުދީދީއަށް ލާޖެއްސުމުގެ ޤަޟިއްޔާގެ ތެރެއިން މިލްކުވެރިކަން ބަދަލުވި، މިހާރު […] ކިޔާ ގޯތީގެ ބައެއްތޯ ނުވަތަ ނޫންތޯ އެވެ؟ […] ދެބައި ކުރިއިރު ނެގި ގޯޅި:
19ޕްރިސިޑެންސް 1[…] އެވެ ކިޔާ ބަންޑާރަ ގޯއްޗަކީ، އުތުރާ ދެކުނަށް 80 ފޫޓުން އިރާއި ހުޅަނގަށް 40 ފޫޓު ހިމެނޭ ގޯތީ އުތުރުކޮޅު މަޖީދީމަގުނ އެގޯއްޗަށް ވަދެވޭ ގޮތަށް އޮތް ގޯއްޗެކެވެ. ވީމާ، އޭރު އެގޯތީގެ ހަތަރު ފާރުތެރޭގައި އިތުރު އެހެން ގޯޅިއެއް ނޯވެއެވެ. ނަމަވެސް މި ގޯތި ދެބައި ކުރިއިރު، ބައިކޮށްފައިވަނީ އިރާއި ހުޅަ ނަގާ ވާހެން ރޯނެއް ދަމައ ގޯތި ދެބައި ކޮށްގެން ކަމަށްވާތީ، ގޯތީގެ ދެކުނު ބަޔަކަށް ވަނުމަށްޓަކައި މަޖީދީމަގުން ވަދެގެން ގޮސް ގޯތީގެ ދެކުނު ބަޔާއި ހަމައަށް ދިއުމަށް ގޯޅިއެއް ނަގަން ޖެހުނެވެ. ސަބަބަކީ، […] އެވެ ކިޔާ ގޯއްޗަކީ، މަޖީދީމަގުން ފިޔަވައި، ވަށައިގެން އެހެންގޯތި ތަކުން ތަޅުލެވިފައިވާ ގޯއްޗެއް ކަމަށްވާތީ، ދެކުނު ބަޔަށް ވަދެވޭނެ އިތުރު އެހެން ގޮތެއް ނޯންނާނެތީ އެވެ. ވީމާ، މި ގޯޅިއަކީ […] ކިޔާ ބަންޑާރަ ގޯތީގެ ބިމުން ނެގި ގޯޅިއެއް ކަމާމެދު ދބަސްވެވޭނެ ހަމައެއް ނެތެވެ. އަދި އެގޯޅި އަކީ […] ދެބައިކޮށް، ފާޠިމަތު ނޒަރާއަށ ލިބުން […] (މިހާރު […] ) ވަނުމަށް […] އެވެ ކިޔާ ގޯތީގެ ބިމުން ނެގި ގޯޅިއެއްކަން ނުހަނު ސާފެވެ. އެކަން ލޭންޑް ރެޖިސްޓްރޭޝަން ޑިވިޜަނުން ފޮނުވި ނަންބަރު:A/MIS/79/60-34 (19 މެއި 1979) ސިޓީން ސާފުކޮށް އެނގެއެވެ. އެސިޓީގައި ބަޔާންކުރަނީ "ގޯތީގެ ދެކުނު ބައި (ވަންބަޔާއެކު)ގައިވާ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އަލްފާޟލާ ފާޠިމަތި ނޒަ ރާއަށ މިލްކުވެރިކަން ހަމަޖައްސަވައި" މިގޮތަށެވެ. އެހެންކަމުން، ގޯތީގެ ވަންނަ ބަޔަކީ ގޯތީގެ ދެކުނު ބަޔަށް ވަންނަ ބައިކަން ސާފުވެއެވެ.
20ޕްރިސިޑެންސް 2މާލޭ ސިޓީ ކައުންސިލުން ބަޔާންކުރާ ގޮތުން، […] (މިހާރު […] )އަށް ވަނުމަށް އޮތް 6 ފޫޓް ފުޅާ 50 ފޫޓު ދިގު ގޯޅިއަކީ ބަންޑާރަ ގޯޅިއެކެވެ. ޖުމްލަކޮށް ބުނާނަމަ، ދިވެހިރާއްޖޭގެ ހުރިހާ ބިމަކީވެސް ބަންޑާރަ ނުވަތަ ދައުލަތުގެ ބިމެވެ. ނަމަވެސް، ޤާނޫނީ އިސްތިލާޙުގައި، ބަންޑާރަ ބިމާއި، އަމިއްލަ ބިމާއި، ބަންޑާރަ އަމިއްލަ ބިމާއި ވަގުފު ބިމާއި މިފަދަ މުޞްޠަލަޙާތުތައ ބޭނުން ކުރަނީ އެ ބިންބިމާއި ގުޅިގެން ޝަރުޢީ އަދި ޤާނޫނީ ގޮތުން ވަކި ޙައްޤުތަކަކާއި ވާޖިބުތަކެއް އުފަންކުރުވުމުގެ ބޭނުމުގައެވެ. ވީމާ، ބަންޑާރަ ގޯއްޗަކުން ނަގާ ގޯޅިއަކީ މުޠްލަޤަށް ޢާންމު އުޞޫލުން މިކިޔާ "ބަންޑާރަ" ގޯޅިއެއް ކަމުގައި ބުނެވިދާނެ ކަމަކަށް ނުދެކެމެވެ. މިމައްސަލައިގައި، ބަޔާންކުރާ ގޯޅިއަކީ، […] (މިހާރު […] ) ވަނުމަށް […] އެވެ ކިޔާ ބަންޑާރަ ގޯތިން ނަގާފައިވާ ގޯޅިއެކެވެ. ޤާނޫނު ނަންބަރު:2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް ބަލާއިރު، "ބަންޑާރަ މަގު" ކަމަށް ބަޔާން ކުރަނީ "އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން އަމިއްލަ ބޭނުމަށް ކަނޑައަޅައި ހެދިފައިވާ އެންމެހައި މަގުތަކާއި ގޯޅިތައް ފިޔަވައި ދައުލަތުން ކަނޑައަޅާ ގޮތްތަކަކަށް ބޭނުންކުރެވޭ އެންމެހައި މަގުތަކާއި ގޯޅިތަކަށެވެ. އަމިއްލަ ބިންބިމާއި ވަކިކަމަކަށ ބޭނުންކުރުމަށް ދޫކޮށްފައިވާ ސަރަޙައްދުތަކާއި ސިނާއީ މަސައްކަތްކުރުމަށް ދޫކުރެވިފައިވާ ގޯޅީގެ މިލްކުވެރި ފަރާތް:
21ޕްރިސިޑެންސް 3މިފަދައިން ވަދެނިކުންނާނެ ގޮތެއްނެތް ތަޅުލެވިފައިވާ ބިމެއް ހުޅުވުމަށް ނުވަތަ ވަދެނިކުމެވުމަށް ހަދާ ގޯޅިއަކީ އެގޯޅިއެއ ނެގުން ގޯތީގެ ވަކިމީހެއްގެ މިލްކެއްނޫނެވެ. އެހެންކަމުން، އެގޯތީގެ ބެހެނިވެރިންގެ ތެރެއިން ވަކިމީހަކަށް ނިސްބީ މިލްކުވެރިކަމެއް އޮތްކަމަށް ދެކިގެން، ވަކިވަކި މުޢާމަލާތްތަކެއް އެފަދަ ގޯޅި އަކާމެދު ނުކުރެވޭނެއެވެ. މިސާލަކަށް އެގޯތީގެ ބެހެނިވެރިންގެ ތެރެއިން އެމީހަކަށް ނިސްބަތުން މިލްކުވާ މިންވަރު ވިއްކާލުން، ވަކިން ޢިމާރާތްކުރުނ ނޫން އެނޫންވެސް އެގޯތީގައި ދިރިއުޅޭ އެހެން އެންމެންނަށް އެގޯޅި ބނުނޭ ނުކުރެވޭ ގޮތެއް ނުހެދޭނެއެވެ.
22މީގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރާ ގޮތަށް، […] އެވެ ކިޔާ ބަންޑާރަ ގޯތި ދެބައި ކުރިއިރު، ދެކުނު ބަޔަށް ވަނުމަށް ނެގި 6 ފޫޓް ފުޅާ 50 ފޫޓް ދިގު ގޯޅިއަކީ، […] ދެބައި ކުރިއިރު، ދެކުނު ބައިގެ ބައެއްކަން މާކެންޓައިލް ޑިވިޝަންގެ ނަންބަރު 172/MD/79 ޤޟިއްޔަ އާއާ އަދި އެޤަޟިއްޔާގެ ކުރިން ލޭންޑް ރެޖިސްޓްރޭޝަނުން މަރިޔަމް އަޙްމަދަށް ފޮނުވި އެ ޑިވިޜަނގު ނަންބަރު: A/MIS/79/60-34 (19 މެއި 1979) ސިޓީން ސާބިތެއް ނުވެއެވެ. އެލިޔުންތަކުން ސާބިތުވަނީ އެގޯޅިއަކީ، […] ދެބައި ކުރިއިރު، ދެކުނު ބަޔަށް ވަނުމަށް ހެދި ގޯޅިއެއް ކަމެވެ. ވީމާ އެގޯޅީގެ މިލްކުވެރިކަން […] ދެބައިކޮށް، ދެކުނު ބައި ލިބުނު ފަރތުގާ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގައި ހިމެނިފައި އޮންނާކަށް ނުޖހެ އެވެ. ރަށްރަށުގައި ޢާންމުކޮށް ބޭނުންކުރުމަށް ކަނޑައެޅިފައިވާ މަގުތަކާއި ގޯޅިތަކަކީވެސް މި ޤާނޫނުގެ ބޭނުމަށް ބަންޑާރަ މަގުގެ ގޮތުގައި ބެލެވޭނެއެވެ." މިފަދައިންނެވެ. ވީމާ ބަންޑާރަ ބިމުން އަމިއްލަ ބޭނުމަށް ކަނޑައަޅައި ހެދިފައިވާ އެންމެހައި މަގުތަކާއި ގޯޅިތައް "ބަންޑާރަ މަގު"ގެ ޢާންމު މާނައިގެ ތެރޭގައި ނުހިމެނޭނެކަން އަންގައިދެއެވެ. މަދީޙާ މުޙައްމަދުދީދީ އާ ގޯޅީގެ މިލްކުވެރިކަން:
23މަދިޙާ މުޙައްމަދުދީދީއަކީ […] އެވެ ކިޔާ ބަންޑާރަ ގޯތީގެ އަޞްލު ބެހެނިވެރިންގެ ތެރޭގައި ހިމެނޭ ފަރާތެއް ނޫނެވެ. މަދީޙާ މުޙައްމަދުދީދީ މިމައްސަލައިގެ ތެރެއަށް ވަދެގެން އަންނަނީ، ކުރިން ބަޔާން ކުރި 9 8 ލާޖެއްސުމުގެ މުޢާމަލާތު ގެ ތެރެއިންނެވެ .
24ޕްރިސިޑެންސް 4ލާޖެއްސުމަކީ، ޒާމާނުންސުރ ދިވެހިރާއްޖޭގެ ބިމާބެހޭ މުޢާމަލާތްތަކުގެ ތެރޭގައި ކުރަމުން އައިކަމެކެވެ. ނަމަވެސް، ޤާނޫނު ނަންބަރު:2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގައި ލާޖެއްސުމުގެ މުޢާމަލާތު ކުރެވޭނެ އުޞޫލެއް ބަޔާނެއް ނުކުރެއެވެ. އެޤާނޫނުގެ 2 ވަނަ މާއްދގައާ ބަޔާނި ކުރަނީ؛ " ދިވެހިރާއްޖޭގައި ބިމާއި ގޯތި ދޫކޮށް، ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ، މި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ ." މިފަދައިންނެވެ. "ބީމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރައްވަނީ މި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން" ކަމަށް ބަޔާންކޮށްފައިވާއިރު، ބިން ލާޖެއްސުމުގެ މުޢާމަލާތު ކުރިއަށް ގެންދާނެ ގޮތް ޤާނޫނުގައި ނެތީސް، އެކަން އެބަ ކުރެއެވެ؟
25ވީމާ، ލާޖެއްސުމުގެ މުޢާމަލާތު ކުރާނަމަވެސް ކުރަންވާނީ، ބިމާބެހޭ ޤާނޫނުގެ ދެންހުރި މާއްދާތަކުން އެކަށައަޅާފައިވާ ހަމަތައް ހިފެހެއްޓޭނެ ގޮތަކަށް ކަމަށް ދެކެމވެ. މިސާލަކަށް، ބަންޑާރަ ބިން ހިލޭ އެކެއްގެ ކިބައިން އަނެކެއްގެ ކިބަޔަށ ބަދަލް ކުރެވޭނެ މުޢާމަލާތްތަކާއި އެފަދަ މުޢާމަލާތްތައް ކުރެވޭނީ ކޮންކޮން ބައެއްގެ މެދުގައިކަން ޤާނޫނުގައި ބަޔާން ކޮށްފައި ވެއެވެ. އެނޫން ޙާލަތްތަކުގައި ބިމުން މުޢާމަލާތު ކުރެވޭ ގޮތަކީ ވިޔަފާރީގެ އުޞޫލެކެވެ. ނަމަވެސް، ލާޖެއްސުމުގެ މައްސަލަތަކުގައި މުޢާމަލާތު ކުރަން ކޯޓުތަކުން ފުރުޞަތު ހުޅުވާލާފައ އޮތި ގޮތުން، ޤާ ނޫނު ނުދަންނަ މަގަކުން އެކެއްގެ ކިބައިން އަނެކެއްގެ ކިބަޔަށް "ހިލޭ" ބިން ބަދަލު ކުރެވިގެން ދެއެވެ. މިގޮތުން ބިމުގެ ބޮޑުމިން ތަފާތު ދެބިމެއް ލާޖެއްސުމުގެ ސަބަބުން، މިރިޕޯޓުގެ 7 ވަނަ ނުކުތާ ސިވިލް ކޯޓުގެ ނަންބަރު 418/Cv-C/2016 ޤަޟިއްޔާ އެބޮޑުވ މިންވަރާ އެކެއްގެ ކިބައިން އަނެކެއްގެ ކިބައަށް ބަދަލުވެގެން ދަނީ ދިވެހިރާއްޖޭގައި ބިމާއި ގޯއްޗާއިބެހޭ ގޮތުން މުޢާމަލާތު ކުރުމަށް ޤާނޫނުގައި ބަޔާންކުރާ ހަމަތަކާއި އެއްގޮތަކަށް ނޫނެވެ.
26މިމައްސަލައިގައިވެސް، ލާޖައްސާފައިވަނީ، 1200 އަކަފޫޓުގެ ބަންޑާރަ ބިމަކާއި 617 އަކަފޫޓުގެ އަމިއްލަ ބިމެކެވެ. ބިމުގެ ބާވަތް ތަފާތު ވުމުގެ އިތުރުން ބިމުގެ ބޮޑުމިނުން 583 އަކަފޫޓު ތަފާތެވެ. އެހެންކަމުން، އެކެއްގެ ކިބައިން އަނެކެއްގެ ކިބައަށް 583 އަކަފޫޓުގެ ބަންޑާރަ ބިން ބަދަލު ވެގެން އެދިޔައީ ޤާނޫނު ނުދަންނަ ގޮތަކަށެވެ. އެހެނީ މި މުޢާމަލާތު ކުރެވިގެން ދިޔައީ ހިބަ ނުވަތަ ވަޞިއްޔަތުން ދެވޭ ކެޓަރީގެ ބައެއްގެ މެދުގައެއް ނޫނެވެ. ވީމާ ދެން މުޢާމަލާތު ކުރެވޭނީ ވިޔަފާރީގެ އުޞޫލުން ކަމަށްވާތީ، ބަންޑާރަ ބިން އެކެއްގެ ކިބައިން އަނެކަކަށަ ވިއްކުމުގެ ކުރިން އެބިން ދައުލަތުން ގަނެ އަމިއްލަ ކުރަންޖެހެއެވެ. ނަމަވެސް 583 އަކަފޫޓުގެ ބަންޑާރަ ބިން އެކެއްގެ ކިބައިން އަނެކެއްގެ ކިބަޔަށ ބަދަލުވެގެން ގޮސްފައިވަނީ އެހެން ދޮރަކުން މިދެންނެވި އިޖުރާއަތުތައް އެއްފަރާތް ކުރެވިގެންނެވެ.
27ޕްރިސިޑެންސް 5ވީމާ، ލާޖެއްސުމަކީ، ކޯޓުތަކުން ހުއްދަކޮށްފައި އޮވެގެން ކުރާ މުޢާމަލާތެއްނަމަވެސް، އެމުޢާމަލާތް އެކުރި މިންވަރަށްވުރެ ފުޅާކޮށް މާނަ ކުރުމަކީ ކުރެވިދާނެ ކަމަކަށް ނުދެކެމެވެ. މިމައްސަލައިގައި، ފާޠިމަތު ނަޒީރެ އާއި މަދީޙާ މުޙައްމަދުދީދީ އާ ދެމެދު ލާޖެއްސުމުގެ މުޢާމަލާތުގެ ތެރެއިން ބަދަލު ކޮށްފައިވަނީ، ކަނޑައެޅި ބަޔާންވެގެންވާ ބިމުގެ ވަކި ބޮޑު މިނެކެވެ. ނުވަތަ މިންވަރު ކަނޑައެޅިފައިވާ މުޢާމަލާތެކެވެ.
28ލާޖެއްސެމުގެ މިމުޢާމަލާތުގެ ތެރެއިން ފާޠިމަތު ނޒަރާ ލާޖެއްސީ […] އެވެ ކިޔާ ބަންޑާރަ ގޯތި ދެބައިކޮށް އޭނާއަށް ލިބުނު އެގޯތީގެ ދެކުނު ބައި ކަމަށްވާ […] ކިޔާ ބަންޑާރަގޯތީގެ 1200 އަކަފޫޓުގެ ބަންޑާރަ ބިމާއި އެބިމުގައިވާ ނުއުފުލޭ މުދާކަން އެނގެއެވެ. މަދީޙާ މުޙައްމަދުދީދީގެ ފަރާތުން މިމުޢާމަލާތުގައި ލާޖެއްސީ […] ކިޔާ 176 އަކަފޫޓުގެ އަމިއްލަ ބިމާއި އެބިމުގައިވާ ނުއުފުލޭ މުދާކަން އެނގެއެވެ. ވީމާ، މަދޙީ މުޙައްމަދުދީދީ އަށް 1200 އަކަފޫޓުގެ ބިމަށްވުރެ އިތުރަށް މިލްކުވާނެ ގޮތަކަށް މިމުޢާމަލާތް މާނައެއް ނުކުރެވޭނެއެވެ.
29ވީމާ، […] ދެބައިކޮށް، ދެކުނު ބަޔަށް ([…] މިހާރު […] ) ވަނުމަށް އޮތް 300 އަކަފޫޓުގެ ގޯޅީގެ މިލްކުވެރިކަމުގެ މައްޗަށް މަދީޙާ މުޙައްމަދުދީދީ ކުރާ ދަޢުވާއަކީ ކުރެވޭނެ ދަޢުވާއެއް ނޫނެވެ.
30ޕްރިސިޑެންސް 6މި މައްސަލައިގައި، މިލްކުވެރި ކަމުގެ ޚުޞޫމާތު އުފައްދާ ގޯޅިއަކީ، […] ދެބައިކޮށް، ދެކުނު ބަޔަށް ވަނުމަށް […] އެވެ ކިޔާ ބަންޑާރަ ގޯތީގެ ބިމުން ނެގި ގޯޅިއެއް ކަން ސާފުކޮށް އެނގެން އޮތުމާއިއެކު އެގޯޅިއަކީ […] އެވެ ކިޔާ ގޯތީގެ ދެކުނު ބައި ([…] މިހާރު […] ) އަށް ވަނުމަށް އޮތް ގޯޅިއެއްގ ގޮތުގައެ ބާއްވަންޖެހެއެވެ. ވީމާ، […] ވަނުމަށް ދަތިވާނެ އެއްވެސް ބާވަތެއްގެ މުޢާމަލާތެއް އެގޯޅިއާމެދު އެއްވެސް ބަޔަކަށް، […] އެވެ ކިޔާ ގޯތީގެ ރަޖިސްޓްރީ އޮތް ފަރާތްވެސް ހިމެނޭ ގޮތަށް ކުރެވިދާނެ ކަމަކަށް ނުދެކެވެ.
31ސަބަބަކީ މާދަމާވެސް […] އިތުރު ބައިތަކަކަށް ބެހިނަމަވެސް އެބައިތަކަށް ވަންނަން އޮންނާނެ ގޯޅިއަކީ އެއީކަމަށްވާތީ، އެގޯޅީގެ މިލްކުވެރިކަން ވަކި މީހަކަށް ސާބިތުކޮށްފިނަމަ ފަހުން އުފެދޭ ބައިތަކަށް ވަދެވޭނެގޮތެއް ނެތުމުގެ ފުރުޞަތު އޮންނާނެތީއެވެ. މައްސަލަ ނިންމުން:
32ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 440/Cv-C/2020 ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް އަހުރެންނަކަށް ބުރައެއް ނުވެވެއެވެ. އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު:
33މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
34މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ. °' \0 :c r. U V) .... ~I "~ "ll. "' .. ""• l\'t "i" ul( ai' r" ll, 'I.\ ~ ",;;, ~~ \\\ ~~' O,;; ~, " ~"' I\•• ~~ "' v, "'i ot.; '"' I\~ "'\ Of\ Qi ''I:;, "l ""i ~\I Q\~ I\Oo '"' ,:., '\, ° ,;; ,, ... l \ "\ ~ '\ ... ~ \\ \\i ~\ o~ ".. ''i .,, oi o, '\ .,, .. Qi \ \ •\ ~"I o--, 1"' i' ::\ ~, \, } \\i \\\ ~\ :'\ "\ o~ o,I\ ".', ''\ ~" ~, '\ Q' Q~" I\\• o, \\ "~ Q \ \ '"I "~~ 1"' C>..;\ '.\ l "' 'I "0 oi - o "'\ _, ".. ,, ,- o' ,~ "O ~, Q "\ "\ -_, "'- ''.\ "\; ,., >l"I ,,. .'I~ ', .,., ,~ 'l \\' \\i Qi' o\ l\t. ><~ \·\ ,, I\\ ol \\~ I\\ "\"~ ".,"'\ I\ \::\ o, \ ""I \ ot.; ''\ o\ \ \'l. ,1 \-\ ~ l :'\ ."\ ' 'i \\ \ ,. "i ''\ ''C.. "a} \\ l<"I = "t. ~\ "·\ "\ "C.. ,,l ", \ • ~~ Q ~'\ ol \ ", "~' ,i "•\ )(.. oi., ,,. ' \, \_,
1. _., ,~ \• o.. \ i \ . ''\
01)(~ "1°" o "\ 0 ", Q ", " "C.. \"' '\\ '-' i' .,. QI\ ll, ":\ "& "\ ':-,.. ", Q ,l "" "\ Qi 0\ "&J _, \\\ ",. 0 ,,~ 0\ "'l. 0\ '"I ---- >< ~, ", 0 ''\ 0 ":'\ Q ""'" u N ....+- u '"' '-.I > ·l i::. '\•~ <:; ''"I )(., ~,, "~' ~ , Ri., "\ ,.., ,,\, \ \-" "i ,, 0\ "~\ '" \1 ~"· "~ A\ \ \ v, \~ \., \ ~ ., \\ C>..; i- , -~ ', .., \\I:;, ,,:, ~"I "., o~' \"I "'i "~ Q Of\ \"- "'\ Ql "C.. h ·l '\, O -.., "~ "ll,I\~ ,:., Of\ "l .. '\ . -..~~ '- ~-~_,, Qr "'i ,~ ,1 ~'i ..,, .,I ..J._ =! ""' \\ "" . -i' \ I "\, \\ ~,~,~, RR ... ~ 8- ., \' '-' '-' = ,, '' " -i' ", \I ... "\ ~ 8- ,, N \\:., \\ "\ -i' \I ''" ... "\, ... "\ R 8- ., \ ' ~ , , '-' !~ !~ ... ~'\J "\J " \ ' ""Ii: :t 't •~ ;~ (,\ '.£ r: ~ 'Sf" - °' '.\, .. - ,, " '.\, -~• · .\ ;:, "Bi · - '°E ..c: .,;: -~ t ; O ~ bl) (J ;::, ; ,::: e:o ..,
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގައި 'ބަންޑާރަ މަގު' މާނަކޮށްފައިވާ ގޮތް
- މާކެންޓައިލް ޑިވިޝަންގެ 172/MD/79 ޤަޟިއްޔާ (ގޯތި ބައިކުރުން) އަދި ލޭންޑް ރެޖިސްޓްރޭޝަން ޑިވިޜަންގެ ސިޓީ A/MIS/79/60-34
- ސިވިލް ކޯޓުގެ 418/Cv-C/2016 (ލާޖެއްސުމުގެ ޤަޟިއްޔާ)
- އިސްތިއުނާފުކުރި ފަރާތުން ބަރޯސާވި: ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ؛ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ)؛ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އަދި 143 ވަނަ މާއްދާގެ (ރ)؛ ހައިކޯޓުގެ 2020/HC-A/214
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަލީ އަމީރު
- ބެންޗު
- މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް