ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/007
ޑރ. ފާޠިމަތު ޢަލީދީދީ ވ. މާލޭ ސިޓީ ކައުންސިލް، 2021/HC-A/007
Dr. Fathimath Aleedheedhee v. Male Sitee Council 2021/HC-A/007 (2021/HC-A/007, High Court of the Maldives, 29 April 2021)
ޑރ. ފާޠިމަތު ޢަލީދީދީ ވ. މާލޭ ސިޓީ ކައުންސިލް
މައްސަލައިގެ ޚުލާޞާ
އެދުނު ގޮތަށް ވަގުތީ އަމުރު ނެރެދީފިނަމަ އަޞްލު މައުޟޫޢުގައި މައްސަލަ ބެލުމުގެ ބޭނުން ކެނޑި ދަޢުވާގެ މައުޟޫޢާމެދު ގޮތެއް ކަނޑައެޅިގެން ދާނެތީ ވަގުތީ އަމުރު ނެރެނުދެވޭނެކަމަށް ސިވިލް ކޯޓުން ނިންމިއެވެ.
ވާރިޘެއްގެ ގޮތުގައި ގޯއްޗެއްގެ މިލްކުވެރިއެއްކަމަށް ކަނޑައެޅިފައިވާ ފަރާތުން، ވަށައިގެން ހުރި ގޯއްޗެއްގައި ޞައްޙަނޫން ޗާޓެއްގެ މައްޗަށް ބިނާކޮށް އެ ފަރާތުގެ ގޯތީގެ އިންފާރު ތަޅާލައި އެ ގޯތިން ބައެއް ހިމަނައިގެން އިމާރާތްކުރަމުންދާތީ، ޗާޓު އިޞްލާޙުކޮށް އިންފާރު އަލުން ރޭނުމަށް މާލެ ސިޓީ ކައުންސިލަށް އަމުރުކުރުމަށް ސިވިލް ކޯޓުގައި ދަޢުވާކޮށް، މައްސަލަ ނިމެންދެން އިމާރާތްކުރުން ހުއްޓުވައި ޚިލާފު ބައި ކަޑަޖައްސައި ވަކިކުރުމުގެ ވަގުތީ އަމުރަކަށް އެދުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ސިވިލް ކޯޓުން އަޞްލު ދަޢުވާއާއި ވަގުތީ އަމުރުގައި އެދުނު ގޮތް ނުބައިކޮށް ތަޠްބީޤުކޮށް، ޤަވާޢިދުގެ 295 ވަނަ މާއްދާއާއި 2012/SC-A/21 އަދި 2017/HC-A/443 ގެ އުޞޫލުތަކަށް ރިޢާޔަތްނުކޮށް، އަމުރު ނުނެރެ ދަޢުވާ ލަސްވުމުން ކުރިމަތިވާ ދާއިމީ ގެއްލުމަށް ނުބަލާ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް ނިންމި ކަމަށެވެ.
މައިގަނޑު ސުވާލު
ގޯއްޗެއްގެ އިމާއި ޗާޓާ ގުޅޭ ދަޢުވާއެއްގައި، އެދުނު ވަގުތީ އަމުރު ނެރެދީފިނަމަ އަޞްލު މައުޟޫޢުގައި މައްސަލަ ބެލުމުގެ ބޭނުން ކެނޑިދާނެ ކަމަށް ބުނެ ވަގުތީ އަމުރު ނުނެރުމަށް ސިވިލް ކޯޓުން ނިންމި ނިންމުން ޞައްޙަތޯ، އަދި 2012/SC-A/21 ގައިވާ ވަގުތީ އަމުރުގެ ޝަރުޠުތައް އަމުރަށް އެދުނު ފަރާތުގެ ކިބައިގައި ފުރިހަމަވޭތޯ.
ނިންމި ގޮތް
ޙުކުމުގެ ބައި ނުކިޔެވޭ (ތަޙުލީލުން ފެންނަނީ ވަގުތީ އަމުރުގެ ޝަރުޠުތައް ފުރިހަމަވާކަމަށް)
އަމުރަށް އެދުނު ފަރާތަކީ ވާރިޘެއްގެ ގޮތުގައި މިލްކުވެރިއެއްކަމަށް ކަނޑައެޅިފައިވާ، އަސަރުކުރާ ފަރާތަކަށްވާތީ ފުރަތަމަ ދެ ޝަރުޠު ފުރިހަމަވާކަމާއި، އެހެން ގޯއްޗެއްގައި ދާއިމީ އިމާރާތެއް ހަދައި ނިންމައިފިނަމަ ލިބޭ ގެއްލުމަކީ އިޢާދަނުކުރެވޭ، ވަޒަންކުރުމަށް އުނދަގޫ ގެއްލުމަކަށްވާތީ ތިންވަނަ ޝަރުޠުވެސް ފުރިހަމަވާކަމަށް ހައިކޯޓުން ފާހަގަކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5.5) ޝަރުޢީ ކޯޓަކަށް ހުށައެޅޭ މަދަނީ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ޢާންމު ތިން ޝަރުޠަކީ: (ހ) އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމްވުން، (ށ) އެ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ޞިފަތު ނުވަތަ ޙައިޘިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތަކަށްވުން، (ނ) ވަގުތީ އަމުރު ނުނެރެ އަޞްލު މައުޟޫޢީ ދަޢުވާ ލަސްވެއްޖެނަމަ އަމުރަށް އެދޭ ފަރާތަށް ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމެވެ (ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު (6) ގެ 295 ވަނަ މާއްދާ؛ 2012/SC-A/21).
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5.6) ޝަރީޢަތުން ވާރިޘެއްގެ ގޮތުގައި ގޯއްޗެއްގެ މިލްކުވެރިއެއްކަމަށް ކަނޑައަޅާފައިވާ ފަރާތަކީ، އެ ގޯތިން ބައެއް އުނިވެއްޖެނަމަ އެކަމުގެ އަސަރުކުރާނެ ފަރާތަކަށްވާތީ، ވަގުތީ އަމުރަކަށް އެދުމުގެ ޞިފަތު ނުވަތަ ޙައިޘިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެކެވެ؛ އަދި ކަމާބެހޭ އިދާރާއަށް އެތައް ފަހަރަކު އެދުނު ނަމަވެސް ޤާނޫނީ ޙައްލެއް ނުލިބި ހުރި ހާލަތުގައި، ޙިމާޔަތް ލިބެންޖެހޭ ޙައްޤެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމްވެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5.7) ދާއިމީ ބިނާއެއްގެ ގޮތުގައި އެހެން މީހެއްގެ ގޯއްޗެއްގެ ބައެއްގައި ނަމަވެސް އިމާރާތެއް ހަދައި ނިންމައިފިނަމަ، އެބައި ތަޅާލައި އަނެކާއަށް ލިބެންޖެހޭ ޙައްޤު ހޯދައިދިނުމަކީ ޢާންމު އުޞޫލުން އުނދަގޫ، ބޮޑު ޚަރަދު ކުރަންޖެހޭ ކަމަކަށްވާތީ، އެފަދަ ހާލަތެއްގައި ވަގުތީ އަމުރު ނުނެރެ އަޞްލު ދަޢުވާ ލަސްވެއްޖެނަމަ އަމުރަށް އެދޭ ފަރާތަށް ތަދާރުކު ނުވަތަ އިޢާދަނުކުރެވޭފަދަ ގެއްލުމެއް ލިބޭނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5.8) މައްސަލަ ނިމުމަށްފަހު އަމުރަށް އެދޭ ފަރާތުގެ ގެއްލުމަކީ މާލީ ގޮތުން އެކަށީގެންވާ ބަދަލު ދެވިދާނެ ގެއްލުމެއްނަމަ ވަގުތީ އަމުރު ނުނެރުން ގާތްވިޔަސް، އަމުރު ރައްދުވާ ފަރާތަކީ ބަދަލު ދެވިދާނެ ފަރާތެއްކަމުގައި ނުބެލެވޭ ހާލަތުގައާއި، ގެއްލުން ވަޒަންކުރުން ވަރަށް އުނދަގޫ ހާލަތުގައާއި، ގެއްލުމަކީ އިޢާދަނުކުރެވޭ ނުވަތަ ރަނގަޅުނުކުރެވޭ ގެއްލުމެއްކަމުގައިވާ ހާލަތުގައި މާލީ ބަދަލަކީ އެކަށީގެންވާ ބަދަލަކަށް ނުވެއެވެ (2020/HC-A/99).
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5.8) އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ހާލަތުގައި، އަނެއް ގޯތީގެ އިންފާރު ހިމެނޭހެން އިމާރާތްކުރުން ހުއްޓުވުމަށް ވަގުތީ އަމުރު ނެރެނުދިނުމުގެ ސަބަބުން އަމުރަށް އެދުނު ފަރާތަށް ލިބޭނެ ގެއްލުމަކީ ވަޒަންކުރުމަށް އުނދަގޫ ގެއްލުމެކެވެ.
ތާއީދުކުރަ އްވައެވެ . މައްސަލައިގެ ޚުލާޞާ : 1- […] އެވެ ކިޔާ ގޯތީގެ އިންފާރު ތަޅާލުމަށްފަހު، […] ގޭގެ އިމުން ބައެއް ހިމަނައިގެން […] އިމާރާތްކުރަމުންދަނީ، މާލެ ސިޓީ ކައުންސިލުން ހަ ދަ އިދީ ފައިވާ ޞައްޙަނޫން ޗާޓެއްގެ މައްޗަށް ބިނާކޮށްގެންކަ މަށްވާތީ، […] ޢިމާރާތް ކުރުމުގެ މަސައްކަތް ހުއްޓުވައި، […] އެވެ ކިޔާ ގޯތީގެ ދެކުނު އިންފާރަކީ، ޒަމާނުއްސުރެ ހުރި އިންފާރަކަށްވާތީ، އެ ފާރު ހުރަސްނުވާގޮތަށް އަދި […] ގޭގެ އިމުގެ ތެރެއަށް ނުވަންނާނޭހެން، […] މިންތައް އިޞްލާޙު ކޮށް ޞައްޙަ ޗާޓެއް ހ ދުމަށާއި، މާލެ ސިޓީ ކައުންސިލުން ހައްދަވާފައިވާ ޞައްޙަނޫން ޗާޓްގެ މައްޗަށް ބިނާކޮށް ތަޅާލި، […] ގޭގެ ބަދަލަށް އަލުން އިންފާރެއް ރާނާދެއްވުމަށާއި، ނުވަތަ އެ ފާރު ކުރިން ހުރިގޮތަށް ރޭނުމަށް ހިނގާ ނ ޚަރަދުގެ ބަދަލު ދެއްވުމަށާއި، އެއަށްފަހު […] ގޭގެ އިން ފާރުތައް ހިމެނޭގޮތަށް، […] ގޭގެ ޞައްޙަ ޗާޓެއް ހ ދުމަށާއި، އެ އިންފާރަކީ، […] ގޭގެ އިންފާރެއްކަމަށް ލިޔުމަކުން، […] ގޭގެ ވެރިފަރާތަށް ދެއްވުމަށް މާލެ ސިޓީ ކައުންސިލްގެ މައްޗަށް އަމުރު ކޮށް ދެއްވުން އެދި، […] ޑރ. ފާޠިމަތު ޢަލީ ދީދީގެ ފަރާތުން މާލެ ސިޓީ ކައުންސިލުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ . އެ މައްސަލަ ސިވިލް ކޯޓުން ބަލަމުންދަނީ އެ ކޯޓުގެ ނަންބަރު 2359/Cv-C/2020 ޤަޟިއްޔާއިންނެވެ . 2- ޑރ. ފާޠިމަތު ޢަލީދީދީގެ ފަރާތުން، ހުށަހަޅާފައިވާ މައްސަލައިގައި ވަކި ގޮތެއް ކަނޑަ އަޅަންދެން، […] ގޯތީގައި އިމާރާތްކުރުމުގައި […] ގޭގެ ގޯތީގެ އެއްވެސް ބައެއް ހިމެނޭގޮތަށް ޢިމާރާތްކުރިޔަ ނުދިނުމަށް މާލެ ސިޓީ ކައުންސިލާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކުގެ މައްޗަށް އަމުރުކޮށްދެއްވުމަށާއި، […] ކިޔާ ގޯއްޗާއި، […] ގޭ ގޯތި އިން ވަކިކުރުމުގެ ގޮތުން ތަޅާލި […] ގޭގެ ދެކުނު އިންފާރު ހުރި ބަޔަކީ، […] ގޭގެ އިމުގެ ތެރޭގައި ހިމެނޭ ބައެއް ގޮތަށް ކަޑަ ޖައްސަވައި، އިން ވަކިކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަންގާ އަމުރުކުރުމުގެ ވަގުތީ އަމުރަކަށް ދަޢުވާކުރާ ޑރ.ފާޠިމަތު ޢަލީ ދީދީގެ ފަރާތުން އެދުނެވެ. ސިވިލް ކޯޓުން ނިންމި ގޮތް: 3- ޑރ. ފާޠިމަތު ޢަލީ ދީދީގެ ފަރާތުން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދީފިނަމަ، އެ ދަޢުވާގެ އަޞްލު މައުޟޫޢުގައި އެ މައްސަލަ ބެލުމުގެ ބޭ ނުންކެނޑި، ދަޢުވާގެ މައުޟޫޢާ މެދު ގޮތެއް ކަނޑައެޅިގެން ދާނެކަމަށް ޝަރީޢަތަށް ބުރަވެވޭތީ، ދަޢުވާކުރާ ޑރ. ފާޠިމަތު ޢަލީ ދީދީގެ ފަރާތުން އެދި ފައިވާ ގޮތަށް ވަގުތީ އަމުރެއް އެ ހިނދުގައި ނެރެދެވޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި، ޑރ. ފާޠިމަތު ޢަލީދީދީ ގެ ފަރާތުން ނެރެދިނުމަށް އެދުނު ވަގުތީ އަމުރާ މެދު ގޮތް ނިންމާފައިވެއެވެ . އެ ނިންމުން ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު B4-CR2/VN/2020/06 ނިންމުމުންނެވެ . މިއީ، ސިވިލް ކޯޓުގެ ނަންބަރު B4-CR2/VN/2020/06 ނިންމުން އިސްތިއުނާފުކުރުމަށް ޑރ.ފާޠިމަތު ޢަލީދީދީގެ ފަރާތުން ހުށަހެޅުމުން ބަލާ ޤަޟިއްޔާއެކެވެ . މިޤަޟިއްޔާގައި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ މާލޭ ސިޓީ ކައުންސިލެވެ . އާސްތިއުނާފީނުކުތތައ: 4- ސިވިލް ކޯޓުގެ ނަންބަރު B4-CR2/VN/2020/06 ނިންމުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވާ ކަމަށްބުނެ، ޑރ. ފާޠިމަތު ޢަލީ ދީދީ ގެ ފަރާތުން އެ ނިންމުން އިސްތިއުނާފުކުރުމަށް އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ . އެ ގޮތުން ހުށަހަޅާފައިވާ : ފުރަތަމަ ނުކުތާއަކީ : […] / މާލެ، ޑރ. ފާޠިމަތު ޢަލީދީދީ އެދިފައިވާގޮތަށް ވަގުތީ އަމުރު ނެރެދީފިނަމަ، ދަޢުވާގެ އަސްލު މައުޟޫގައި މައްސަލަ ބެލުމުގެ ބޭނުން ކެނޑި، ދަޢުވާގެ މައުޟޫއާމެދު ގޮތެއް ކަނޑައެޅިގެން ހިނގައިދާނެކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ އަސްލު މައުޟޫޢީ ދަޢުވާގައި އެދިފައިވާ ގޮތާއި ވަގުތީ އަމުރުގައި އެދިފައިވާގޮތް ނުބައިކޮށް ތަޠްބީޤުކޮށްފައި ކަމުގައިވުން އަދި އެގޮތަށް ނިންމެވުމުގައި މައްސަލައިގެ ހަޤީޤަތްތަކުގެ މައްޗަށް ރިޢާޔަތްކޮށްފައިނުވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ދެވަނަ ނުކުތާއަކީ : ސިވިލް ކޯޓުން ވަގުތީ އަމުރާމެދު ގޮތެއް ކަނޑައެޅުއްވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ މާނަކޮށް ތަޠްބީޤު ކުރައްވާފައިވަނީ ]ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާއިދު 06[ ގެ 295 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/443 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ފުރިހަމައަށް ރިޢާޔަތްނުކޮށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ތިންވަނަ ނުކުތާއަކީ : […] / މާލެ، ޑރ. ފާޠިމަތު ޢަލީ ދީދީގެ ފަރާތުން ނެރެދިނުމަށް އެދުނު ވަގުތީ އަމުރު ނެރެނުދިނުމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫ ޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ދާއިމީ ގެއްލުމަށް ބެއްލެވުމަކާ ނުލައި ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ހަތަރުވަނަ ނުކުތާއަކީ : ވަގުތީ އަމުރާމެދު ގޮތެއް ކަނޑައެޅުއްވުމުގައި ސިވިލް ކޯޓުން ޢަމަލުކޮށްފައިވަނީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ )ހ( އަދި )ށ( އާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ފާހަގަކުރެވުނު ނުކުތާތައް : 5- ސިވިލް ކޯޓު ގެ ނަންބަރު B4-CR2/VN/2020/06 ނިންމުމަށާއި، އެ ނިންމުން އިސްތިއުނާފު ކުރުމަށް […] ޑރ. ފާޠިމަތު ޢަލީ ދީދީ ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާ ތަކަ ށާއި، އެ ނުކުތާތަކާ ގުޅިގެން ދެފަރާތު ން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
5.1- ސިވިލް ކޯޓުގެ ނަންބަރު 2359/Cv-C/2020 ޤަޟިއްޔާގެ ދަށުން ބަލަމުންދާ މައްސަލައިގައި ޑރ. ފާޠިމަތު ޢަލީ ދީދީގެ ފަރާތުނ ނެރެދިނުމަށް އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދީފައިނުވާ މައިގަނޑު ސަބަބަކީ، ވަގުތީ އަމުރެއް ނެރެދީފިނަމަ، ހުށަހެޅިފައިވާ ދަޢުވާގެ އަޞްލު މައުޟޫޢުގައި މައްސަލަ ބެލުމުގެ ބޭނުން ކެނޑި، ދަޢުވާގެ މައުޟޫޢާމެދު ގޮތެއް ކަނޑައެޅިގެން ދާނެކަމަށް ޝަރީޢަތަށް ބުރަވެވޭތީކަން އެނގެން އޮވެއެވެ .
5.2- ޑރ. ފާޠިމަތު ޢަލީ ދީދީގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2359/Cv-C/2020 ޤަޟިއްޔާގައި އެދިފައިވަނީ، […] އެވެކިޔާ ގޯތީގެ އިންފާރު ތަޅާލުމަށްފަހު […] ހުރާމްގޭގެ އިމުން ބައެއް ހިމަނައިގެން […] އިމާރާތްކުރަމުންދަނީ މާލެ ސިޓީ ކައުންސިލު ން ހަ ދައިދީ ފައި ވާ ޞަ އްޙަ ނޫން ޗާޓެއްގެ މައްޗަށް ބިނާކޮށްގެން ކަމަށްވާތީ، […] ޗާޓަކީ ޞަ އްޙަ ނޫން ޗ ޓެއްކަމަށް ކަނޑައަޅުއްވައި، […] އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓުވުމަށް އަމުރު ކޮށްދެއްވުމާއި، […] އިރުމަތިފަރާތު މިން އިޞް ލާ ޙު ކޮށް ޞައް ޙ ޗާޓެއް ހެދުމަށާއި އަދި މާލެ ސިޓީ ކައުންސިލު ން ހަ ދައިދީ ފައިވާ ޞަ އްޙަ ނޫން ޗާޓުގެ މައްޗަށް ބިނާކޮށް ތަޅާލި […] އންފާރުގި ބަދަލަށް އަލުން ފާރެއް ރާނައިދެއްވުމަށާއި )ނުވަތަ އެފާރު ކުރިން ހުރިގޮތަށް ރޭނުމަށް ހިނގާނޭ ޚަރަދު ގެ ބަދަލު ދެއްވުމަށާއި ( އެ އަށްފަހު […] އިންފާރުތައް ހިމެނޭގޮތަށް […] ޞަ އްޙަ ޗާޓެއްހެދު މަށާއި އެ އިންފާރަކީ […] އިންފާރެއްކަމަށް ލިޔުމަކުން […] ވެރިފަރާތަށް ދެއްވުމަށް މާލެ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދެއްވުމެވެ. ހަމަ އެއާއެކު، ޗާޓުތަކަށް ގެނެވޭ އ ޞލް ޙތަކު ގުޅިގެން، […] ދެވިފައިވާ އިމާރާތްކުރުމާގުޅޭ ހުއްދަތައް އ ޞް ލާ ޙު ކޮށް، […] ކުރެވޭ އިމާރާތުގެ ކުރެހުންތަ ކަށްޞއަ ޙަ ޗާޓާއެއްގޮތަށް ގެންނަންޖެހޭ އިޞް ލާ ޙީ ބަދަލުތައް ގެނައުމުންނޫނީ އިމާރާތްކުރުން ކުރިޔަށްދިޔަ ނުދިނުމަށް މާލެ ސިޓީ ކައުންސިލަށް އަމުރު ކޮށް ދެއްވުންކަން ސިވިލް ކޯޓުގެ ނަންބަރު 2359/Cv-C/2020 ޤަޟިއްޔާގެ ދަޢުވާ ފޯމަށް ބެލުމުން އެނގެން އޮވެއެވެ . ސިވިލް ކޯޓުގެ ނަންބަރު CR2/VN/2020/06-B4 ]ވަގުތީ އަމުރާއިމެދު ނިންމިގޮތް [
5.3- ސިވިލް ކޯޓުގެ ނަންބަރު 2359/Cv-C/2020 ޤަޟިއްޔާގައި ވަކި ގޮތެއް ކަނޑަ އަޅަންދެން، ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ޑރ. ފާޠިމަތު ޢަލދީދީގީ ފަރާތުން ހުށަހެޅި އެވެ. އެ ހުށަހެޅުމުގައި ޖުމްލަ 2 )ދޭއް ( ކަމަކަށް އެޑްރެސްކޮށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާކަން، ޑރ. ފާޠިމަތު ޢަލީ ދީދީ ގެ ފަރާތުން ހުށަހެޅި ވަގުތީ އަމުރަށް އެދޭ ފޯމަށް ބެލުމުން އެނގެން އޮވެއެވެ. އެގޮތުން؛ ފުރަތަމަ ކަމެއްގެ ގޮތުގައި އެދިފައިވަނީ، […] ގޯތީގައި ޢިމާރާތް ކުރުމުގައި […] ގޭގެ ގޯތީގެ އެއްވެސް ބައެއް ހިމެނޭގޮތަށް )މއ. އިހްރާމް ގޭގެ ގޯތީގެ ބައެއްކަމަށް ވަގުތީ އަމުރަށް އެދޭ ފަރާތުން ބަޔާންކުރާ އަދި ޚިލާފު އުފެދިފައިވާ ބައިވެސް ހިމެނޭގޮތަށް ( ޢިމާރާތްކުރިޔަ ނުދިނުމަށް މާލެ ސިޓީ ކ އުންސިލާއި، މޯލްޑިވްސް ޕޮލިސް ސ ރވިސްއާއި، ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކުގެ މައްޗަށް އަމުރުކޮށްދެއްވު މެވެ . ދެވަނަ ކަމެއްގެ ގޮތުގައި އެދިފައިވަނީ،[…] ކިޔާ ގޯއްޗާއި، […] ގޯތި އިން ވަކި ކުރުމުގެ ގޮތުން ތަޅާލ، […] ގޭގެ ދެކުނު އިންފާރު ހުރި ބަޔަކީ، […] ގޭގެ އިމުގެ ތެރޭގައި ހިމެނޭ ބައެއް ގޮތަށް ކ ޑަ ޖައްސަ ވައި، އިން ވަކިކޮށްދިނުމަށް މާލެސިޓީ ކައުންސިލްގެ މައްޗަށް އަންގާ އަމުރުކޮށްދިނުމެވެ .
5.4- އިސްތިއު ނާފުކުރާ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު ބިނާކޮށްފައިވަނީ، އިސްވެ ދެންނެވުނު ސައްޙަ ނޫން ޗާޓުތައް އިސްލާޙުކުރުމަށް އަންގައި މައުޟޫ ޢީ ގޮތުން ސިވިލް ކޯޓުން ގޮތެއް ކަނޑައަޅަންދެން […] ގޯތީގައި އިމާރާތްކުރުމުގައި، […] ގޯތީގެ އެއްވެސް ބައެއް ހިމެނޭގޮތަށް )މއ. އިހްރާމްގޭގެ ގޯތީގެ ބައެއް ކަމަށް ވަގުތީ އަމުރަށް އެދޭ ފަރާތުން ބަޔާންކުރާ އަދި ޚިލާފުއުފެދިފައިވާ ބައިވެސް ހިމެނޭގޮތަށް ( އިމާރާތް ނުކުރުމަށް އަމުރުކޮށްދެއްވުމުގެ މައްޗަށާއި މައުޟޫޢީ މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅެންދެން، މި މައްސަލައިގައި ޝާމިލްވާ ފަރާތްތަކުގެ ދެމެދުގައި، ޚިލާފުއުފެދިފައިވާ ބަޔާގުޅޭ އިތުރު މައްސަލައެއް ނުވަތަ ދެބަސްވުމެއް ކުރިމަތިވުމުގެ ފުރުސަތު ހަނިކުރުމަށްޓަކައި، […] އިމާރާތްކުރު މުގެ މަސައްކަތްކުރާ ސައިޓުގައި ޚިލާފުއުފެދިފައިވާ ބަޔަކީ ކޮބައިކަން ސާފުވާ މިންވަރަށް އެނގިގެންދާނީ ބަލާބެލުމަށް ފެންނާންހުރި ފާހަގައެއް ޖެހި އެބައި ވަކިކުރުމުން ކަމަށްވާތީ، އެކަން ކުރުމުގެގޮތުން ކަޑަޖައްސަވައިދިނުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަމު ރުކޮށްދެއްވުމާ އ، ޚިލާފުއުފެދިފައިވާ އިންފާރަކީ […] އިންފާރެއް ކަމަށް މައުޟޫ ޢީ މައްސަލައިގައި ކަނޑައަޅައި ޙުކުމް ކުރެވޭހިނދު، އެ އިންފާރު ހިމެނޭހެން […] އިމާރާތްކޮށް ނިންމައިފިނަމަ، އަސްލު މައުޟޫޢީ މައްސަލައިގެ ޙުކުމްގެ މަޤްޞަދު ގެއްލޭނެތީ، އެ ފުރުޞަތު ނުދިނުމެވެ .
5.5- ޝަރުޢީ ކޯޓަކަށް ހުށައެޅޭ މަދަނީ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމުގައި ޝަރީޢަތުން ބަލަންޖެހޭ އުޞޫލުތައް ]ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު )6([ ގެ 295 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމްބަރު 2012/SC-A/21 ޤަޟިއްޔާގައި ބަޔާން ކޮށްފައިވެ އެވެ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމްބަރު 2012/SC-A/21 ޤަޟިއްޔާގައި ވަގުތީ އަމުރުތައް ނެރުމުގައި ބަލަންޖެހޭ ޢާންމު
3 )ތިނެއް ( ޝަރުޠެއް ބަޔާންކުރައްވާފައިވެއެވެ . އެއީ : )ހ( ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާ ނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމްވެގެންވު މާއި، )ށ( ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ޞިފަތު ނުވަތަ ޙައިސިއްޔަތު ޤާނޫނީ ގޮތުން ލިބި ގެންވާ ފަރާތެއްކަމުގައިވުމާއި، )ނ( ވަގުތީ އަމުރު ނެރުމަކާނުލައި އަސްލު މައުޟޫ ޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ވަގުތީ އަމުރަށް އެދޭ ފަރާތަށް ކުރިމަތިވެދާނެ ނުރައްކަލެއް އތުމެވޮ .
5.6- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ބަޔާންކުރާ ތިން ޝަރުޠު، ސިވިލް ކޯޓުގެ ނަންބަރު 2359/Cv-C/2020 ޤަޟިއްޔާގެ ދަށުން، ވަގުތީ އަމުރަށް އެދުނު ޑރ.ފާޠިމަތު ޢަލީ ދީދީގެ ކިބައިގައި ފުރިހަމަ ވޭތޯ ނުވަތަ ނޫންތޯ ބަލާއިރު؛ ޑރ. ފާޠިމަތު ޢަލީ ދީދީ އަކީ، ފެމިލީ ކޯޓުގެ ނަންބަރު 2018/Fm-C/2002 ޤަޟިއްޔާގެ ދަށުން އަލްމަރުޙޫމް ޢަ ލީ ޙު ސައިންދީދީގެ ވާރިޘެއްގެ ގޮތުން […] މިލްކުވެރިއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތެ ކެވެ . […] އިމާރާތްކުރުމުގެ ތެރޭގައި […] ގޯތީގެ ދެކުނު ފަރާތު އިންފާރު ތަޅާލައި، […] ގޯތީ ގެ ބައެއް ހިމެނޭގޮތަށް އިމާރާތް ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، އެ ކަން ހުއްޓުވައި ދިނުމަށް ޑރ. ފާޠިމަތު ޢަލީދީދީގެ ފަރާތުން މާލެ ސިޓީ ކައުންސިލުގައި ތަފާތު އެކިފަހަރު މަތިން އެދިފައިވެއެވެ. އެކަމަށް ޤާނޫނީ ގޮތނު ޙައްލެއް ލިބިފައިނުވެއެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 2359/Cv-C/2020 ޤަޟިއްޔާގެ ދަށުން ބަލަމުންދާ މައްސަލައިގައި ޑރ. ފާޠިމަތު ޢަލީދީދީ އަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މަޢުޟޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލް ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމްވެފައިވކަން އެނގެ އެވެ . އަދި ހަމަ އެހެންމެޑރ. ފާޠިމަތު ޢަލީދީދީ އަކީ […] މިލްކުވެރިއެއްގެ ހައިސިއްޔަތުން […] ގޯތިން ބައެއް އުނިވާނަމަ އެކަމުގެ އަސަރުކުރާނެ ފަރާތަކަށްވނެތީ، ވަގުތީ އަމުރަކަށް އެދުމުގެ ޞިފަތު ނުވަތަ ޙައި ސ އްޔަތު ޤާނޫނީ ގޮތުން ޑރ. ފާޠިމަތު ޢަލީ ދީދީއަށް ލިބިފައިވާކަން އެނގެއެވެ .
5.7- […] ގޯއްޗާ އިންވެގެން ދެކުނުން އޮންނަ […] ކިޔާ ގޯތީގައި އިމާރާތްކުރުމުގެ ތެރޭގައި […] ގޯތީގެ ދެކުނު ފަރާތު އިންފާރު ތަޅާލައި، […] ގޯތީގެ ބައެއް ހިމެނޭގޮތަށް އިމާރާތް ކުރުމަށް ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފެށިފައިވާއިރު، […] ގޯތީގެ ވެރިފަރާތުން ބޭނުންވާގޮތަށް […] ގޯތީގެ ބައެއް ހިމެނޭގޮތަށް އެފަރާތަށް އިމާރާތް ކުރުމުގެ ފުރުޞަތު ދެވިއްޖެނަމަ، […] ގޯތީގެ ބައެއް އުނިވެގެންދާނެއެވެ . ޑރ. ފާޠިމަތު ޢަލީދީދީ ގެ ފަރާތުން ދެކޭ ގޮތުގައި ކުރަމުންދާ އިމާރާތަކީ ޞައްޙަނޫން ޗާޓެއްގެ މައްޗަށް ބިނާކޮށްގެން ކުރެވޭ އިމާރާތެކެވެ . ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައިގައި ދެ ފަރާތުގެ ޚުޞޫމާތަށް ޙައްލެއް ލިބިގެންދާއިރު، […] ންބަރ ގޯތީގެ ވެރިފަރާތުން ބޭނުންވާގޮތަށް […] ގޯތިން ބައެއް ހިމެނޭގޮތަށް އިމާރާތްކޮށް ނިންމައިފިނަމަ، އިސްތިއުނާފުކުރާ ޑރ.ފާޠިމަތު ޢަލީދީދީ ގެ ފަރާތުން ދަޢުވާކުރާފަދައިން އޭނަގެ މަޞްލަޙަތުގައި މައްސަލަ ނިމުނު ކަމުގައިވީނަމަވެސް އެފަރާތުގެ ޙައްޤު ހޯދުމުގެ ފުރުޞަތު އެންމެ ފުރިހަމަ ގޮތުގައި ލިބިނުދެވޭނެއެވެ . އެހެނީ، ދާއިމީ ބިނާއެއްގެ ގޮތުގައި އެހެން މީހެއްގެ ގޯއްޗެއްގެ ބައެއްގައި ނަމަވެސް އިމާރާތެއް ހަދައި ނިންމައިފިނަމަ، އެ އިމާރާތެއް ގެ އެބައި ތަޅާލައި އަނެކާއަށް ލިބެންޖެހޭ ޙައްޤު ހޯދައިދިނުމަކީ ޢން މ އުޞޫލުން އުދަގޫ އިންތިހާއަށް ތަކުލީފަކަށްވާ ބޮޑު ޚަރަދު ކުރަންޖެހޭނެ ކަމެކެވެ . އެހެންކަމުން، ވަގުތީ އަމުރު ނެރުމަކާނުލައި އަސްލު މައުޟޫ ޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ވަގުތީ އަމުރަށް އެދި ފައިވާ ޑރ. ފާޠިމަތު ޢަލީދީދީ އަށް ތަދާރުކު ނުވަތަ އިޢާދަނުކުރެވޭފަދަ ގެއްލުމެއް ލިބޭނެ ކަމާމެދު ޝައްކެއްނެތެވެ .
5.8- މައުޟޫޢީ ގޮތުން ކޯޓުން ބަލާ މައްސަލަ ނިމުމަށްފަހު އަމުރަށް އެދޭ ފަރާތުގެ ގެއްލުމަކީ މާލީ ގޮތުން އެކަށީގެންވާ ބަދަލު ދެވިދާނެ ގެއްލުމެއްނަމަ، ކޯޓުން އެފަދަ ވަގުތީ އަމުރެއް ނުނެރުން ގާތްކަމަށއާ، ނަމަވެސް، އަމުރަށް އެދޭ ފަރާތަށް ލިބޭ ގެއްލުމުގެ ބަދަލަކީ އަންނަނިވި ޙާލަތްތަކުގައި އެކަށީގެންވާ ބަދަލަކަށް ނުވާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/99 ޤަޟިއްޔާގައި، ބަޔާންކޮށްފައިވެއެވެ . އެއީ، އަމުރު ރައްދުވާފަރާތަކީ ލިބޭ ގެއްލުމަށް ބަދަލު ދެވިދާނެ ފަރާތެއް ކަމުގައި ބެލެވެން ނެތުމާއި، ގެއްލުން ވަޒަންކުރުމަކީ ވަރަށް އުނދަގޫ ކަމަކަށްވުމާއި، ލިބޭ ގެއްލުމަކީ އިއާދަނުކުރެވޭ ނުވަތަ ރަނގަޅުނުކުރެވޭ ގެއްލުމެއް ކަމުގައި ވުމެވެ . އިސްތިއު ނާފުކުރާ ޑރ. ފާޠިމަތު ޢަލީދީދީ ގެ ފަރާތުން ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދުނުއިރު […] ފައުންޑޭޝަން މަސައްކަތް ފެށިފައިނު ވެއެވެ . ސިވިލް ކޯޓުން ވަގުތީ އަމުރާމެދު ގޮތެއް ނިންމެވިއިރު […] ގޭގެ ދެ ޝީޓް އަޅާފައިވާކަން އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ . މި ޙާލަތުގައި […] އިންފާރު ހިމެނޭހެން […] އިމާރާތް ކުރުމުގެ މަސައްކަތް ކުރުން ހުއްޓުވުމަށް ވަގުތީ އަމުރު ނެރެނުދިނުމުގެ ސަބަބުން އިސްތިއު ނާފުކުރާ ފަރާތަށް ލިބޭނެ ގެއްލުމަކީ ވަޒަންކުރުމަށް އުނދަގޫ ގެއްލުމެކެވެ . N8 - .___~ :;r:b I ""'''\\aO\''\ ot "\:!\"'\ "\,,..._() ""':1"10111\\\()\ 0\"a'a\ ""'"'\"\"\"'I "\"'\''\ ""'\C., '\ '\ ' \ \ .\ \ "' '\\ '\ '\ l i \~ '""\0'\""' ~~' 0 '" \ 1\0'"~"' ~\"~" ''\"'\ ol ot"'\"'\\\ "'t,,} "\:'\" ""'"'\"\1\~()"~ ~'\ :). ' :\~~~\~ '\· "' ~ . \ .,., 't, '\ ' C., ~ h !\\ \ "' ~ \ \ \ "o.,"'\"\"'IJO\'\>"a\a 01.,'"\ o~"\" o ""' "c.," "\"~1\\ "'\\"1 '\ ''-'0.."\ :10.,"\1\~"\, ~, ~ ' ~ \ :\ "' :: ()\)("\ ot.;' "\"'\ ~\"'\'" ""'\C.,::: """";::,!; u~N ..__ zN0 ('.1Q0 \0 1\\'ao,\\ ""'"" ~ ()c.,, ~'\ '\\ \ '\ \ 1 t· ~ \ l C.,~ \ ~ ' 0\'"\~ :I\ "'IJ~~ot., "~\""''':\\a 0''""'\o, "'\ :So.,"\ "\°\'"\ \\C.,o )('"o'\"'\ ~\~ "."l " Rt,,,.., '\\C.,"\ "\'l i''t ~~ ~ \ ·• ~ \ '\ \~' '\·~ :1 "C.,.. " "\":\ • '"'1\~" • " I 0~1\ "\"\ o\'\'\ ""'"\1!"1"'\ () \~O\\~ "\ "c.,"\"~ot.;~\\a '"' ~\~ "~1\\ "i ~ "~'"'\ ~ "C.,() ~ "~\ o\'"'1. ) \ \ '\\\C.,~ \ ' C., \ ~ l "' 0\ ()\~~ \\a~ ~\1!"1 0\ "\.. ~ "'\'" ""' ~"""" U~C'l---. ~..__('.10 ~---0 \0 "\'aot.;\\ :'-'~~ 0 c.,, l ~ "' "'' :\\i '\"' \ \~ I "' \ c., l \ , \ ''\\a O\\'\ O\":\ ot.. " 1\ 0~""1\~" '""~~\,} '~ \"'~1:,() v '""''MVl0\u u~oN 0 "\\aot.;\\ " ""~~ '\ '\ ~ ' ~ ~ \ " c.,~~ '\\ "' '\ . l·"' ;> I .., ' ""'"~ \\~\~~' ~\"'\O\"'\ :1\"a~'\\ ""'"'t,'\" ':\ ,,~\ O\"'\\~ "\~" 01.,\'\"C., ~ "\ ()\~ ~'\ ''\O\"'\\\"~ , ~.., ~ '\ ~' ~ l "~ l ., a, '\ \ '\ '\ .., \~ \ \ \ ·, \ O\"'"'\\'\o'\' "~o "\~' ';'> ""'"\ '" "a '"'"a.J~~\\\ ""':1'1.1() ~\ "~ ~ Ot- ,,., ) ~~ "'\""\ ~..,O\''\ 0\,~0'\\'\ \\ '\ "'' \~'IJ, "' '\ '\ \ \ ,_,\ \ ·,l '\ \ \ \ "C.,"'\ 0'h 0"1\~"" :\~ "~0'\"~"\; '\'a ~,0 · ''"' \ "' '\ l ., " ~ ' \ \ (\ 1 ~ O\' \ "\~, ':\ "\'" - ~ 1\ oa 1\\~\' '.... ~~ ) l" .,.,,\ '\~ ~ <I \' • 0 ~l ~~ ,--.__ ,, ~ ::b r-- .. •l ~~':' ~V"\8 a,..C:. . ;~- :~•\'• ·~~~,~.~(~~ ~\ •I,' M .,"'.,.- ·~,_, ~~-~~ 'I.J~~\\ .,~'IJ!~ ·~," ' .._'>\ ~ ~':> \ .s:;=.~ •~ .:: <2@·;:~ ; .,-~ ~ ~ 8 '§. ~ ~ ·· l ugt ~00 E ' ~· '
- ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު (6) ގެ 295 ވަނަ މާއްދާ
- 2012/SC-A/21
- 2020/HC-A/99
- ބެންޗު
- ޢަބްދުﷲ ޙަމީދު، މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް