ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/85
އާދަމް މަނިކު ވ. ފްރަންޗިން ޖުސެއްޕެ، 2023/HC-A/85
Adam Maniku v. Franchin Jusepe 2023/HC-A/85 (2023/HC-A/85, High Court of the Maldives, 14 February 2024)
އާދަމް މަނިކު ވ. ފްރަންޗިން ޖުސެއްޕެ
މައިގަނޑު ސުވާލު
ށ. ކަނބާލިފަރުގެ މިލްކުވެރިކަން ބަދަލުނުކުރުމަށް މިނިސްޓްރީތަކަށް އަންގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު، ނެކްސްބިޒް ޝަރުޠުތަކާއި ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓާ ޚިލާފުތޯ (ރެސް ޖުޑިކާޓާ/އިޝޫ އެސްޓޮޕަލް ދަފްޢާއި ތިންވަނަ ފަރާތަށް ލިބޭ ގެއްލުން ވަޒަންނުކުރުން ހިމެނޭހެން)؛ އަދި ރާއްޖެއިން ބޭރުގައި އުޅޭ ދަޢުވާކުރާ ފަރާތުގެ ކިބައިން ޝަރީޢަތުގެ ޚަރަދަށް ސެކިއުރިޓީ ނުނަގަން ނިންމުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 251 ވަނަ މާއްދާ ނުބައިކޮށް މާނަކުރިތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ވަގުތީ އަމުރު ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ވަގުތީ އަމުރަކީ ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއެއްގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ވަގުތީ ފަރުވާއެއް ނުވަތަ ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމަށް ކޯޓުން ނެރެދޭ ފަރުވާގެ އަމުރެކެވެ؛ ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ ވަގުތީ އަމުރު ނެރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- ވަގުތީ އަމުރެއް ނެރުމަށް ފުރިހަމަވާންޖެހޭ ޢާންމު ތިން ޝަރުޠަކީ: އެދޭ ފަރާތަށް ޞިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވުން؛ ޤާނޫނީ ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވުން؛ އަދި ވަގުތީ އަމުރު ނުނެރެ މައުޟޫޢީ ދަޢުވާ ލަސްވެއްޖެނަމަ ތަދާރުކުނުކުރެވޭ ގެއްލުމެއް ނުވަތަ ނުރައްކަލެއް އޮތުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- ވަކީލުކަމުގެ ޕަވަރ އޮފް އެޓަރނީތަކުން، ދަޢުވާކުރާ ފަރާތަކީ މައްސަލައާ ގުޅޭ މުޢާމަލާތުގެ ބައިވެރިއެއްކަމާއި ދެފަރާތުގެ މެދުގައި ވަކާލާތުގެ (ތައާގުދީ) ގުޅުމެއް އުފެދިފައިވާކަން އެނގޭނަމަ، ވަގުތީ އަމުރަށް އެދުމުގެ ޞިފަތު އެފަރާތަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-19)
- ޤާނޫނީ ހިމާޔަތް ލިބެންޖެހޭ ޙައްޤެއް އޮތުމުގެ އިހުތިމާލު ޤާއިމުވާކަމަށް ބެލެވޭނީ އެ ޙައްޤު ހިމާޔަތްކުރާ ޤާނޫނީ ޤާއިދާއެއް އޮވެ، ހުށަހަޅާ ވަޤާއިޢުތަކަކީ ކޯޓަށް ޤަބޫލުކުރެވޭ މިންވަރުގެ ކާފީ ވަޤާއިޢުތަކަކަށް ވުމުންނެވެ؛ މިކަން ދެނެގަންނަންވާނީ ކޮންމެ މައްސަލައެއް ވަކިން ވަޒަންކޮށްގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ރެސް ޖުޑިކާޓާ/އިޝޫ އެސްޓޮޕަލްގެ ޤާއިދާއަކީ ދެފަރާތުގެ މެދުގައި ކޯޓުން ނިޔާ ކަނޑައަޅާފައިވާ ކަމަކާ ގުޅިގެން އެ ފަރާތްތަކުގެ މެދުގައި އަލުން ދަޢުވާ ނުކުރެވޭނެ ޤާއިދާއެވެ؛ ކުރީގެ ޤަޟިއްޔާގެ ޚަޞްމުން ތަފާތުވެ، ފަހުގެ ދަޢުވާގެ މައުޟޫޢު (ޕަވަރ އޮފް އެޓަރނީގެ ނާޖާއިޒު ބޭނުމާއި މަކަރާއި ހީލަތް) ކުރީގެ ޤަޟިއްޔާގައި ފައިސަލާ ނުކޮށްފައިވާނަމަ، އެ ޤާއިދާގެ ސަބަބުން ޙައްޤެއް އޮތުމުގެ އިހުތިމާލު ނެތްކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23-25)
- ތަދާރުކުނުކުރެވޭ ގެއްލުމާމެދު ވަގުތީ އަމުރުގެ މަރުޙަލާގައި ކޯޓުން ނިންމަނީ މައުޟޫޢީ މައްސަލާގައި ހެކި ވަޒަންކުރާ މިންގަނޑަށް ނުވަދެ، މަތިމަތިން ހުށަހެޅުންތަކުގެ މައްޗަށް، ޢާންމު އުޞޫލެއްގެ ގޮތުން އޮތް ޙާލަތަށް ބަދަލު ނުގެނައުމަށް އިސްކަންދީގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27-28)
- ބެލެންސް އޮފް ކޮންވީނިއަންސް ވަޒަންކުރާއިރު، ޚުޞޫމަތް އުފެދިފައިވާ މުދަލުގެ މައްޗަށް ތިންވަނަ ފަރާތެއްގެ ޙައްޤު އުފެދިދާނެ ޙާލަތުގައި ލިބިދާނެ ގެއްލުން ވަޒަންކުރުން އުދަގޫނަމަ، ކޯޓުން ބަލަންޖެހޭނީ މައްސަލަ ހުށަހެޅުނުއިރު އޮތް ޙާލަތު (status quo) ދެމެހެއްޓުމަށެވެ؛ މިގޮތަށް ނިންމި ވަގުތީ އަމުރަކީ ތިންވަނަ ފަރާތަކަށް ލިބިދާނެ ގެއްލުން ވަކިން ވަޒަން ނުކުރިކަމުގެ ސަބަބުން ބާޠިލުވާނެ އަމުރެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30-32)
- ޝަރީޢަތުގެ ޚަރަދަށް ސެކިއުރިޓީ ބެހެއްޓުމަށް ދަޢުވާކުރާ ފަރާތަށް އެންގޭނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 251 ވަނަ މާއްދާގެ (ބ) ގައިވާ ޝަރުޠުތައް ފުރިހަމަވާނަމައެވެ؛ މި އަމުރަށް އެދޭ ހުށަހެޅުމާއެކު ހެކި ހުށަހަޅަން ޖެހޭއިރު، ހަމައެކަނި ދަޢުވާކުރާ ފަރާތް ރާއްޖެއިން ބޭރުގައި އުޅޭކަން ބުނުމަކުން، އެހެން ޝަރުޠުތަކާއި ހެކި ނެތި، ސެކިއުރިޓީ ނަގަން ލާޒިމެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35-36، 39-40)
- ޤާނޫނެއްގައި ނުވަތަ އޭގެ ދަށުން ހަދާ ގަވާއިދެއްގައި ވަކި ކަމަކަށް އެދުމަށް ފޯމެއް ކަނޑައަޅާފައިވާނަމަ، އިސްތިސްނާއެއް ނެތް ޙާލަތުގައި އެކަމަށް އެދެންވާނީ އެ ފޯމުންނެވެ؛ ޝަރީޢަތުގެ ޚަރަދަށް ސެކިއުރިޓީއަށް އެދެންވާނީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 114 ވަނަ މާއްދާގައިވާ ފޯމު 32 އިންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37-38)
1މިއީ ސިވިލް ކޯޓުގެ ނަންބަރު 144-B1/VA/2023/01 )09 ފެބުރުވަރީ 2023( "ވަގުތީ އަމުރު" އެ ކޯޓުނ ނެރެފައިވަނުޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ އަމުރިއިސްތިއުނާފުކުރުމަށް އެދޭ މާލެ […] އާދަމްމަނިކު)މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "އާދަމްމަނިކު"( ގ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ އިޓަލީގެ ރައްޔިތެއްކަމުގައިވ ފްރަންކީން ޖުޒެއްޕ (Franchin Guiseppe) )މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ފރަންކީން ޖުޒެއްޕެ " ގެ މައްޗަށެވެ.
3މާލެ […] ޢަލީ ޝަރީފްއާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަންއާ ދެމެދު 31 އޮގަސްޓް 2006 ގައި ށ.ކަނބާލިފަރު ކުއްޔަށްދިނުމަށް ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ޢަލީ ޝަރީފްއަށް ލިބިފައިވާ އެންމެހައި ހައްޤުތައް ފރަންކީން ޖުޒެއްޕް އަށް ވިއްކާލުމަށް އެއްބަސްވެ، އެކަމާއެ ގުޅް ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަންކުރުމަށް ޢަލީ ޝަރީފްގެ ފަރާތުންފރަންކީނ ޖުޒެއްޕެ ޢައްޔަންކޮށް އެ ފަރާތުގެ ޕަވަރ އޮފް އެޓާރނީ ދީފައިވަނިކޮށް، ފްރަންކީން ޖުޒެއްޕެ ދިވެހިރާއްޖޭގައި ހުރެވެން ނެތުމުގެ ސަބަބުން، މި ޕަވަރ އޮފް އެޓާރނީއިން ލިބިދީފައިވާ ބާރުތައް ބޭނުންކޮށްގެން ފރަންކީނ ދިވެހި ރައްޔިތެއްކަން އަންގައިދޭއިޓަލީގެ ޕާސްޕޯޓު ނަންބަރު ޖުޒެއްޕެގެ ފަރާތުން އާދަމްމަނިކު ޢައްޔަންކޮށް، އެ ފަރާތަށް ޕަވަރ އޮފް އެޓާރނީ ދިނުމުން، މި ޕަވަރ އޮފް އެޓާރނީގެ ނާޖްއިޒު ފައިދާ އާދަމްމަނިކު ނަގައި،ފރަންކީނެ ޖުޒެއްޕާ އަށެ ނޭނގި އާދަމްމަނިކުގ ހިއްސ އޮންނަ ގޮތަށް ކަނބާލިފަރު ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފައްދައި، މަކަރާއި ހީލަތުން ށ. ކަނބާލިފަރު އެ ކުންފުނީގެ ނަމަށް ބަދަލުކޮށްފައިވާތީ، ށ. ކަނބާލިފަރު އާދަމްމަނިކުގެ އަތުން އަނބުރާ ހޯދުމަށާއި، މިކަމުގެ ސަބަބުންފރަންކީނ ޖުޒެއްޕި އަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއި، މިކަމަށް ކޮށްފައިވް ޚަރަދާ އާދަމްމަނިކުގެ އަތުން ނަގައި ދިނުމަށް އަމުރުކޮށްދިނުމަށް އެދް ފރަންކީނ ޖުޒެއްޕެގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.މ މައްސަލި ބަލަމުންދަނީ ސިވިލް ކޯޓުގެ ނަންބަރު 2023-CVC-112 ޤަޟިއްޔާއިންނެވެ.
4އިސްވެ ބަޔާންކުރެވުނު ސިވިލް ކޯޓުގެޤަޟިއްޔާއިން އެ ކޯޓުން ބަލަމުންދާ މައްސަލައިގައ، ފްރަންކީން ޖުޒެއި ޕް ގެ ފަރާތުން ވަގުތީ އަމުރަކަށް އެދޭ ހުށަހެޅިއެވެ.މި ވަގުތީ އަމުރު ނެރެދިނުމަށްފރަންކީނ ޖުޒެއްޕެ ގެ ފަރާތުން އެދިފައިވަނީ އާދަމްމަނިކުގެ ޣައިރު ޙާޟިރުގައެވެ.
5މި ވަގުތީ އަމުރުގައިފރަންކީންޖުޒެއްޕެ ގެ ފަރާތުން އެދިފައިވަނިސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް އާދަމްމަނިކުގެ ފަރާތުން ށ. ކަނބާލިފަރު ސްޓްރަކްޗަރއަށ އެއްވެސް ބަދަލެއް ނުގެނެއުމަށާއި، އައު ޢިމާރާތެއް ނުކުރުމަށާއި، މައްސަލަ ވަކި ގޮތަކަށް ނުނިމެނީސްއާދަމްމަނިކުގެ މައްޗަށާއި، މިނިސްޓްރީ އޮފް ޓުއަރިޒަމް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓްގެ މައްޗަށ ސިވިލް ކޯޓުގެ ނަންބަރު 2023-CVC-112 ޤަޟިއްޔާގެ ނަންބަރު B1/VA/2023/01-114 )09 ފެބުރުވަރީ 2023 ( ވަގުތީ އަމުރު ނެރުމުގައި ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ކަންތައްތަކުގެ 1 ވަނަ ނުކުތާ . ފްރަންކީން ޖުޒެއްޕެގެ ފަރާތުން 17 ޖަނަވަރީ 2023 ގައި ސިވިލް ކޯޓަށް ހުށަހެޅި "ވަގުތީ އަމުރަށް އެދޭ ފޯމު" )ފޯމު 32( ސިވިލް ކޯޓުގެ ނަންބަރު 2023-CVC-112 ޤަޟިއްޔާގެ ނަންބަރު B1/VA/2023/01-114 )09 ފެބުރުވަރީ 2023 ( ވަގުތީ އަމުރު ނެރުމުގައި ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ކަންތައްތަކުގެ 2 ވަން ނުކުތާގައި މިކަން ބަޔާންކޮށްފައިވެއެވެ. މި މައްސަލައިގައި އާދަމްމަނިކުގެ ޣައިރު ޙާޟިރުގައި ވަގުތީ އަމުރު ނެރެދިނުމަށެފރަންކީން ޖުޒެއްޕެގ ފަރާތުން އެދުނު ނަމަވެސް، ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 115 ވަނަ މާއްދާގެ )ނ( ގައި ޚަޞްމެއްގެ ޣައިރ ޙާޟިރުގައް ވަގުތީ އަމުރެއް ނެރެދޭންވާނެ ޙާލަތްތައްކަމަށް ބަޔާންކޮށްފައިވާ ފަދަ ޙާލަތެއް ފެންނަން ނެތްކަމުގައިވާތީ، ވަގުތީ އަމުރުގެ ޝަރީޢަތްތައް ކުރިއަށް ގެންދެވިފައިވަނީ އާދަމްމަނިކު ޙާޟިރުކޮށް، އެ ފަރާތުގެ ޖަވާބެއް ހޯދައިގެންކަމުގައި ސިވިލް ކޯޓުގެ ވަގުތީ އަމުރު ނެރުމެ ގައި ޝަރީޢަތުން ރިޢާޔަތްކޮށްފައިވ ކަންތައްތަކުގެ 25 ވަނަ ނުކުތާގައި ބަޔާންކޮށްފައިވެއެވެ. ށ.ކަނބާލިފަރުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކުރންފަދު ށ. ކަނބާލިފަރާއ ގުޅި އެއްވެސް ތަސައްރުފެއ ނުކުރުމަށް އަމުރުކޮށްދިނުމަށެވ. ސިވިލކޯޓް ން ނެރެފައިވާ ވަގުތީ އަމުރާއި އެ އަމުރު ބިނާކުރި ސަބަބުތައް
6ސިވިލް ކޯޓުގެ ނަންބަރ 144-B1/VA/2023/01 )09 ފެބުރުވަރީ 2023( "ވަގުތީ އަމުރު" ގައި ނިންމާފައިވަނީ "ސިވިލ ކޯޓުގް ނަންބަރ 112-CVC-2023 ޤަޟިއްޔާގެ ޙުކުމްކޮށް ނިމުމާއި ހަމައަށް ނުވަތަ ޝަރީޢަތުން އެހެން ގޮތަކަށް އަންގަންދެން، ށ. ކަނބާލިފަރުގެ މިލްކުވެރިކަން އެހެން ފަރާތަކަށެ ބަދަލުނުކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓްގެ މައްޗަށް އަންގައި އަމުރުކޮށްފީމެވެ." މިފަދައިންނެވެ. މި އަމުރު ނެރެފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އަދ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަނޓްގެ މައްޗަށެވެ.
7މި އަމުރު ނެރުމުގައި، ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( )މީގެ ފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނު"( ގ 242 ވަނަ މާއްދާގެ )ށ( އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ޤާއިމްކޮށްފައިވާ އަސާސީ ތިން މަބްދައުއަށާއި،ދިވެހިރާއްޖޭހެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/101 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ balance of convenience test އަށް ރިޢާޔަތްކޮށް، އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
7.1. ޤާނޫނު ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވޭތޯ ބަލާއިރު،ފ ރަންކީނު ޖުޒެއްޕެ އާއި އާދަމްމަނިކުއ ދެމެދާ ސިވިލް ކޯޓުގެ ނަންބަރު 2023-CVC-112 ޤަޟިއްޔާގެ ނަންބަރު B1/VA/2023/01-114 )09 ފެބުރުވަރީ 2023 ( ވަގުތީ އަމުރު ނެރުމުގައި ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ކަންތައްތަކުގެ 3 ވަނަ ނަންބަރު. ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިޔާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑް ށ. ކަނބާލިފަރާއި ގުޅިގެން 03 މާރިޗް 2014 ގްއިފރަންކީނެޖުޒް އްޕެ އަށާ ށ. ކަނބާލިފަރުއ ގުޅިގެން ލިބިފައިވާ އެންމެހާ ބާރުތަކާއި ޙައްޤުތައް އާދަމްމަނިކުއަށް ޕަވަރ އޮފް އެޓަރނީއަކުން ދީފައިވާކަން އެނގެން އޮތަތީ،ވަގުތީ އަމުރާއި ގުޅިގެންފރަންކީނާ ޖުޒެއްޕެ ގެ ފަރާތުން ހުށަހަޅާފައިވާ ވަޤާއިއުތަކަކްފރަންކީނަ ޖުޒެއްޕެ އަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތެ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ޤާއިމުވެގެންވާކަމުގައި ޤަބޫލުކުރެވޭ މިންވަރަށް ކާފީ ވަޤާއިޢުތަކެއްކަމުގައި ދެކޭކަން.
7.2. ނުރައްކަލާއި ގެއްލުން ވަޒަންކުރުމުގައި test convenience of balance ތ ޠުބީޤުކުރާއިރ، ރަށުގެ ސްޓްރަކްޗަރަށް ބަދަލު ގެނައުން ހުއްޓުވަން އެދިފައިވީނަމަވެސް އެކަމަކީ މާލީ ގޮތުން އަގު ކުރެވިދާނެ އަދި ބަދަލު ދެވިދާނެ ފަދަ ގެއްލުންތަކެއް ކަމުގައި ދެކުނުނަމަވެސ، ރަށުގެ މިލްކުވެރިކަނު އެހެން ފަރާތަކަށް ނަގުލުވެއްޖެނަމ އެއަ އިއާދަނުކުރެވޭ ގެއްލުމެއްކަމުގައި ވެދާނެކަނ.
7.3. މައްސަލައިގެ ޙާލަތަށް ބަލައި،ވަގުތީ އަމުރާއި ގުޅިގެން ނިންމާ ނިންމުމުގެ ސަބަބުން ލިބިދާނެ ގެއްލުން ވަޒަންކުރުމަކީ އުނދަގޫ ކަމެއްކަމުގައިވާތ، ކޯޓުން ބަލަންޖެހެނީ މައްސަލަ ހުށަހެޅުނުއިރު އޮތް ޙާލަތުގައި ބޭއްވުމުގެ މައްޗަށ quo) status the maintain (to ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2018/HC-A/305 ޤަޟިއްޔާގައިބަޔާންކޮށްފައިވ އުޞޫލާ މި މައްސަލައަށް ތަޠުބީޤުކޮށް މި މައްސަލަ ހުށަހެޅުނުއިރު އޮތް ޙާލަތު ދެމެހެއްޓުންކަނ.
7.4. ފްރަންކީން ޖުޒެއްޕާ އާއި އާދަމްމަނިކުއ ދެމެދާ ތައާގުދީ ގުޅުމެއް އޮތްކަނެ ހުށަހަޅާފައިވީޕަވަރ އޮފް އެޓަރނީ އިން އެނގޭތީ،ވަގުތީ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީގޮތުން ފރަންކީންޖުޒެއްޕއަށް ލިބިގެންވާކަނެ . ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމް މަނިކު
8ބަޔާންކުރަނިވި އުޞޫލުތައް ތަޠުބީޤުކުރުމުން އަންނަނިވި ނަތީޖާ ނުކުންނަ ކަމުގައި ފާހަގަކޮށްފައިވެއެވެ.
8.1. ވަގުތީ އަމުރި ނެރެދިނުމަށް އެދިފައިވަނީ އާދަމްމަނިކުގެ މައްޗަށާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އަދ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓްގ މައްޗަށް ކަމުގައި ވީނަމަވެސް، ށ. ކަނބާލިފަރުގެ މިލްކުވެރ ފަރާތި ކަމުގައިވާ ކަނބާލިފަރު ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑްއަކީ އާދަމްމަނިކުއާ ވަކިން އޮތަ ޤާނޫންޝީ ޚުސެއްކަނ އެނގެން އޮތުމުން، އާދަމްމަނިކުގެ މައްޗަށް އަމުރު ނެރެވެން ނެތްކަމަށާއި، އެހެނަސް،ށ. ކަނބާލިފަރގު މިލްކުވެރި ފ ރާތ ބަދަލުކުރުން ހުއްޓުވުމަށް މިނިސްޓްރީތަކުގެ މައްޗަށަ އަމުރް ނެރެވިދާނެކަން.
8.2. ފްރަންކީން ޖުޒެއްޕެގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރުގައިށ. ކަނބާލިފަރުގ ސްޓްރަކްޗަރއަށ ބަދަލު ގެނައުން ހުއްޓުވުމަށް އެދިފައިވީނަމަވެސް، އެއީ މާލީ ގޮތުން ވަޒަންކުރެވި، ބަދަލު ދެވިދާނެ ގެއްލުންތަކެއްކަމުގައި ދެކި، އެދުނު ވަގުތީ އަމުރުގެ މި ބަޔަށް ވަގުތީ އަމުރެއް ނެރެދޭންޖެހޭ ތަނެއް ނެތްކަމުގައްދެކޭކަމަށާއި، އެހެނަސް، ށ. ކަނބާލިފަރުގެ މިލްކުވެރިކަން ތިންވަނަ ފަރާތަކަށް ނަގުލުވެއްޖެނަމަ، އެއީ އިއާދަނުކުރެވޭ ގެއްލުމެއްކަމަށް ދެކޭތީ، އެދިފައިވާ ފަދައިން މިލްކުވެރިކަން ނަގުލު ނުކުރެވޭނެ ފަދައިން ވަގުތީ އަމުރު ނެރެންޖެހޭކަމުގައި ދެކޭކަން.
9ސިވިލް ކޯޓުގެ ނަންބަރ 144-B1/VA/2023/01 )09 ފެބުރުވަރީ 2023( "ވަގުތީ އަމުރު" ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެއ ނިންމުން އިސްތިއުނާފުކުރުމަށ އެދޭ އާދަމްމަނިކުގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވ 02 )ދޭއް( ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
9.1. ވަގުތު އަމުރު ނެރުމުގައި ފުރިހަމަވާންޖެހޭ އުންސުރުތައްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/21 ޤަޟިއްޔާ އާއި އެ ކޯޓުގެ ނަންބަރު 2020/SC-A/101 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ އަދި
9.2. ސިވިލް ކޯޓުގެ ނަންބަރު 112/Cv-C/2023 ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމުގައި، ޝަރީޢަތުގެ ޚަރަދުތަކަށް ސެކިއުރިޓީއެއް ނަގައިދެވޭނެ ތަނެއް ނެތްކަމަށް ނިންމުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 251 ވަނަ މާއްދާ ނުބައިކޮށް ތަޠުބޤުކޮށްފައިވާކަމަށ ބުން ހުށަހެޅި ނުކުތާއެވެ.
10ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އާދަމްމަނިކުގެ ފަރާތުން އަންނަނިވި ކަންކަން
10.1. ފްރަންކީން ޖުޒެއްޕެގެ ފަރާތުން ހުށަހަޅާފައިވާ ޤަޟިއްޔާގެ ތެރެއަށް ފްރަންކީން ޖުޒެއްޕެއަށ ޤާނޫނީގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނވަތު ޤާނޫނަ މަރުކަޒެއް ނެތްކަމަށާއި، މ ޤަޟިއްޔާގެ ތެރެއިން ފްރަންކީން ޖުޒެއްޕެގެ ފަރާތުން ހޯދުމަށް އެދިފައިވާ ފަރުވާއަކީ ށ.ކަނބާލިފަރު އާދަމްމަނިކުގ އަތުން އަނބުރާ ހޯދުމަށްކަމަށްވާއިރު، ސިވިލް ކޯޓުގެ ނަންބަރު 55/Cv-C/2015 ޤަޟިއްޔއިނާ ށ. ކަނބާލިފަރުގެ ހ ޑްލީސްގެ އެގްރީމެންޓްގެ ދަށުން ޢަލީ ޝަރީފްއަށް ލިބިގެންވާ އެންމެހާ ޙައްޤުތައް ކަނބާލިފަރު ޑިވެލޮޕްމެންޓަށ ބަދަލުކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމްގެ މައްޗަށ އަމުރުކޮށްފައިވާކަމަށެވެ. އެހެންކަމުން، ފްރަންކީން ޖުޒެއްޕެގެ ފަރާތުން ހޯދުމަށް އެދިފައިވާ ފަރުވާއަކީ ށ. ކަނބާލިފަރު އަނބުރާ އާދަމްމަނިކުގެ އަތުން ހޯދުމަށްކަމަށްވީނަމަވެސް، ށ. ކަނބާލިފަރުގެ possession ވަން އާދަމމަނިކުގް މައްޗަށ ނޫންކަމަށާއި، possession ކަނބާލިފަރު ޑިވެލޮޕްމަންޓްގައކަމެވެ. ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިއާ( ވ. އެންޓިކޮރަޕްޝަން ކޮމިޝަން އެސް .ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑް
10.2. ށ.ކަނބާލިފަރުގެ ހެޑްލީސް އެގްރީމެންޓް ޓްރާންސްފަރ ކޮށު ފައިވަނީ ޞައްޙަ މުޢާމަލާތްތަކެއްގ ތެރެއިން ކަމަށް ސިވިލް ކޯޓުގެ ނަންބަރ 55/Cv-C/2015 ޤަޟިއްޔާގައި ކަނޑައަޅާފައިވާތީ، މިކަމާ ގުޅިގެން ދެން ހުށަހެޅޭ މައްސަލަތަކަކީ judicata res ވެފައިވާ މައްސަލަތަކެއްކަމުން، އަދި ހުށަހެޅިފައިވާ މައްސަލައިގައ prima facie case އެއް ނެތަތީ، ފްރަންކީން ޖުޒެއްޕެއަށް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ނެތްކަމުގައެވެ. މި ނުކުތާ އާދަމްމަނިކުގެ ފަރާތުނ ފާހަގަކުރިނަމަވެސް، މިކަންކަމަށް ފުރިހަމައަށް ރިޢާޔަތްކޮށްފައިނުވާކަމުގައެވެ.
10.3. ފްރަންކީން ޖުޒެއްޕެގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގެ އަސާސަކީ ސިވިލް ކޯޓުގެ ނަންބަރ 55/Cv-C/2015 ޤަޟިއްޔާގައި އެއާމެދު ގޮތެއް ނިންމާފައިވާ ކަންތައްތަކެއްކަމަށާއި، އަދި މި ނިންމުމުގައި ށ.ކަނބާލިފަރުގެ އެންމެހައި ޙައްޤުތަކުގެ މިލްކުވެރި ފަރާތަކީ ކަނބާލިފަރު ޑިވެލޮޕީ މަންޓްކަމަށް ކަނޑާއަޅާފައިވތީ، ފްރަންކީން ޖުޒެއްޕެ ހުށަހަޅާފައިވާ މައްސަލައަކީ issue estoppel އަދި collateral estoppel ގެ ދަށުން ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށާއި، މައްސަލައިގައި ފްރަންކީން ޖުޒެއްޕެއަށ ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއެނުވަތ ޤާނޫނީ މަރުކަޒެއް ނެތްކަމަށާއި، އަދި އެ ފަރާތަށް ލިބޭނެ ގެއްލުމެއްނެތ ކަމުގައް އާދަމް މަނިކުގ ފަރާތުން ހުށަހަޅާފައިވާކަމުގައެވެ.
10.4. ޢަލީ ޝަރީޕް، ފްރަންކީން ޖުޒެއްޕެއަށް ދީފައިވާ ޕަވަރ އޮފް އެޓަރނީއިން ދެ ފަރާތް ދެމެދު އުފެދިފައިވަނީ relationship agent-principle ކަމަށާއި، ޕްރިންސިޕަލް ހިމެނޭ ގޮތުން މައްސަލައެއް ނިންމާފައިވުމަކީ estoppel issue ގެ ދަށުން އިތުރަށް ދެން ބެލެވިގެންވާނެ މައްސަލައެއްނޫންކަމެވެ. މިއިން އިތުރު މައްސަލައެއް ކޯޓަށް ހުށަހަޅައި، ފްރަންކީން ޖުޒެއްޕެއަށ ޤާނޫން ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ނެތްކަން ސާފުވާކަމުގައެވެ.
10.5. ފްރަންކީން ޖުޒެއްޕެއާއި އާދަމްމަނިކުއް ދެމެދާ ތައާގުދީ ގުޅުމެއް އުފެދިފައިވާކަން ވަގުތީ އަމުރާއި ގުޅިގެން ފްރަންކީން ޖުޒެއްޕެގެ ފަރާތުން ހުށާހަޅާފައިވާ ދެ ފަރާތުގެ ދެމެދުގައި ސޮއިކޮށީ ފައިވާ ޕަވަރ އޮފް އެޓަރނީއިނ އެނގެން އޮންން ކަމުގައި ސިވިލް ކޯޓުގެ މި ނިންމުމުގައި ބަޔާންކުރާއިރު، ވަގުތީ އަމުރަށް އެދުމުގެ ސިފަތު ފްރަންކީން ޖުޒެއްޕެއަށް ލިބިގެންވަނީ ކޮން ގޮތަކުން ކިހިނެއްކަން އެ ކޯޓުނ ބަޔާންކޮށްފައިނުވާކަމެވެ.
10.6. މި މައްސަލައިގައި ވގުތަ އަމުރެއް ނެރުމަކުން އާދަމެ މަނިކުއަށް ގެއްލުމެއް ލިބުނުނަމަވެސ އެއް މާލް ގޮތުން އިއާދަކުރެވިދާނ ގެއްލުމެއްކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/101 ޤަޟިއްޔާގައިބެލެންސ އޮފް ކޮންވީނިއަންސް ޓެސްޓާއި ގުޅިގެން ނިންމާފައިވަނީ، ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނަކަމަށް ލަފާކުރާ ނުރައްކަލާއި ގެއްލުން ވަޒަންކުރާއިރު، މި ޓެސްޓްގައި މައްސަލައިގައ ހިމެން އެންމެހާ ފަރާތްތަކަށް ލިބިދާނެ ގެއްލުން ވަޒަންކުރަންޖެހޭނެކަމަށާއި، އެހެނަސް، ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުމުގައި ކަނބާލިފަރު ޑިވެލޮޕްމަންޓްގެ ބަހެއް ހޯދާފައިނުވާއިރު، ކަނބާލިފަރު ޑިވެލޮޕްމަންޓަށް ލިބޭނެ ގެއްލުންވެސް ވަޒަންކޮށްފައިނުވާކަމެވެ.
11ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އާދަމްމަނިކުގެ ފަރާތުން އަންނަނިވި ކަންކަން
11.1. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 251 ވަނަ މާއްދާގެ )ބ( ގައި ޝަރީޢަތުގެ ޚަރަދުތަކަށް ސެކިއުރިޓީ ބެހެއްޓުމަށް ފްރަންކީން ޖުޒެއްޕެގެ މައްޗަށް އެންގުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ބަޔާންކޮށްފައިވާއިރު،އާދަމްމަނިކުގެ ފަރާތުން ހުށަހަޅާފައިވަނީ ފްރަންކީން ޖުޒެއްޕެއަކ ޢާންމުކޮށް އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑް ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތެއްނޫންކަމުން، މި ނުކުތާއަށް ރިޢާޔަތްކޮށް ސެކިއުރިޓީ ބެހެއްޓުމަށް ފްރަންކީން ޖުޒެއްޕެއަށް އެންގުމަށްކަމުގައެވެ.
11.2. ސިވިލް ކޯޓަށް ފްރަންކީން ޖުޒެއްޕެގެ ފަރާތުން ހުށަހެޅި ދަޢުވާ ފޯމަށް ބަލާއިރު، "ފްރަންކީން ޖުޒެއްޕެއަށް ދިވެހިރާއްޖޭގައި ހުރެވެން ނެތުމުން" އާދަމްމަނިކަށް ޕަވަރ އޮފް އެޓަރނީއެއ ދީފައިވާކަން ބަޔާންކޮށްފައިވާކަމަށާއި، ފްރަންކީން ޖުޒެއްޕެއަކ އިޓަލީ ރައްޔިތެއި ކަންވެސް ދަޢުވާ ފޯމުން އެނގޭއިރު، އަދި ވަގުތީ އަމުރާއި ގުޅިގެން ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައިވެސް ފްރަންކީން ޖުޒެއްޕެ ތަމްސީލުކުރާ ވަކީލުވެސ ތަކުރާރުކޮށް ފްރަންކީން ޖުޒެއްޕެއަކީ ރާއްޖޭގައި ދިރިއުޅޭ ފަރާތެއްނޫންކަމުގައ ފާހަގަކޮށްފައިވާއިރު، ފްރަންކީނ ޖުޒެއްޕެއަކީ ރާއްޖެއިން ބޭރުގައި އުޅޭ ފަރާތަކާމެދު ޚިލާފުއޮތްކަމެއް ނޫންކަމުގައެވެ. އެހެންކަމުން، މިއީ ބަހުސްކުރެވޭ ދަފްޢެއްނޫންކަމުން، ފްރަންކީން ޖުޒެއްޕެއަކީ ރާއްޖޭގައި އުޅޭ ފަރާތެއްނޫންކަނ ސާބިތުކޮށްދިނުމަށް ހެކް ހުށަހަޅަންޖެހޭކަމަށ ނުދެކޭކަމެވެ.
12އާ ދަމްމަނިކުގެ ފަރާތުން އެދިފައިވު ނ ސިވިލް ކޯޓުގެ ނަންބަރ 112-CVC-2023 ޤަޟިއްޔާއާ ގުޅިގެން އެކޯޓުގެ ނަންބަރު 144-B1/VA/2023/01 )09 ފެބުރުވަރީ 2023 ( ވަގުތީ އަމުރު ނެރުމުގައި ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/21 ޤަޟިއްޔާ އާއި އެ ކޯޓުގެ ނަންބަރު 2020/SC-A/101 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުންސުރުތައް ފުރިހަމަނުވާތީ، ސިވިލް ކޯޓުން އަމުރު ނެރެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ނިންމުންތަކާއި ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، ޝަރީޢަތުގެ ޚަރަދުތަކަށް ސެކިއުރިޓީއެއް ބެހެއްޓުމަށް އީ ންގާނެ ތަނެއް ނެތްކަމަށް ނިންމުމުގައެ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 251 ވަނަ މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ކަނޑައަޅައިދިނުމަށާއި، ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރަކީ ބާޠިލު އަމުރެއްކަމަށް ކަނޑައަޅައިދިނުމަށެވެ. ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިއާ( ވ. އެންޓި -ކޮރަޕްޝަން ކޮމިޝަން އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑް އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
13ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައިފްރަންކީން ޖުޒެއްޕެގ ފަރާތުނ އަންނަނިވި ކަންކަން
13.1. މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން މައިގަނޑުގޮތެއްގައި ބަޔާންކޮށްފައިވާ އެއް ވާހަކައަކީ ސިވިލް ކޯޓުގައު ކުރިއަށްދާ މައްސަލައިގެ މައުޟޫޢާމެދު މީގެ ކުރިން ސިވިލް ކޯޓުގެ ނަންބަރ 55/Cv-C/2015 ޤަޟިއްޔާގައި ފައިސަލާކޮށްފައިވާކަމެވެ. މިކަމަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރ 55/Cv-C/2015 ޤަޟިއްޔާގައި،ދަޢުވާކޮށްފައިވަނީ ކަނބާލިފަރު ޑިވެލޮޕްމަންޓް ލިމިޓެޑްގެ ފަރާތުންކަމަށާއި، ދަޢުވާ ރައްދުވަކ ޢަލީ ޝަރީފްގެ މައްޗަށް ކަމަށްވާއިރު،އިސްތިއުނާފު ކުރެވިފައިވާ އަމުރު ނެރެފައިވާ މައުޟޫޢީ މައްސަލައިގައި ފްރަންކީން ޖުޒެއްޕެ ދަޢުވާކޮށްފައިވާއިރި،ދަޢުވާރައްދުވަނީ އާދަމްމަނިކުގެ މައްޗަށްކަމާއި، އެހެންކަމުން،މި ދެ މައްސަލައިގެ ޚަޞްމުން ތަފާތުކަން އެނގޭކަމަށެވެ.
13.2. ސިވިލް ކޯޓުގެ ނަންބަރު 55/Cv-C/2015 ޤަޟިއްޔާގައި ކަނޑާއަޅާފައިވާ ކަންތައްތަކަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 112-CVC-2023 ޤަޟިއްޔާގައި ތަޢުނުކޮށްފައިވާ ޕަވަރ އޮފް އެޓަރނީގެ ޞައްޙަކަން ކަނޑައެޅުމާމެދު، ނުވަތަ ޕަވަރ އޮފް އެޓަރނީ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ނުވަތަ ނޫންތޯއާ މެދު ސިވިލް ކޯޓުގެ ނަންބަރ 55/Cv-C/2015 ޤަޟިއްޔާގައި އެއްވެސް ކަމެއް ކަނޑައަޅާފައިނުވާކމަށެވެ.
13.3. މި މައްސަލައިގައި އަމުރެއް ނެރުމުގައި ފްރަންކީން ޖުޒެއްޕެއަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު "ފާޅުކަން ބޮޑުގޮތެއްގައި" ޤާއިމުވެގެންނުވާކަމުގައ އާދަމްމަނިކުގ ފަރާތުން ބަޔާންކޮށްފައިވީނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 112-CVC-2023 ޤަޟިއްޔާއިން އެދިފައވަނި ފްރަންކީން ޖުޒެއްޕ، އާދަމްމަނިކުއަށް ދީފައިވާ ޕަވަރ އޮފް އެޓަރނީގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާތ އެކަމުގެ މައްސަލަކަމަށާއި، މި ޕަވަރ އޮފް އެޓަރނީއިން މުޢާމަލާތްކޮށްފައިވަނީ ށ. ކަނބާލިފަރާގުޅޭ ގޮތުންކަން ފްރަންކީން ޖުޒެއްޕެގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭކަމަށެވެ. އެހެންކަމުން، މި ހިސާބުންވެސް، ފްރަންކީން ޖުޒެއްޕެއަށް ވަގުތީ އަމުރަކަށް އެދުމުގެ މައުޟޫޢީ ޙައްޤު އަދި ޤާނޫނީ ހިމާޔަތް ލިބެންޖެހޭ މަރުކަޒު ވުޖޫދުވެފައިވާކަން އެނގޭކަމަށެވެ.
14ދެވަނ އިސްތިއުނާފަ ނުކުތާގެ ޖަވާބުގައި ފްރަންކީން ޖުޒެއްޕެގ ފަރާތުން ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
14.1. ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 114 ވަން މާއްދާގައިޝަރީޢަތުގެ ޚަރަދުތަކަށް ސެކިއުރިޓއެއް ބެހެއްޓމަށުއަންގާ އަމުރެއް ނެރެދިނުމަށް ބޭނުންވާނަމަ، އެ އަމުރަކަށް އެދޭނީ އެ ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 32 އިން ކަމުގައި ބަޔާންކުރާއިރު، އާދަމްމަނިކުގެ ފަރާތުން އެފަދައިން އަމުރަކަށް އެދިފައިނުވާކަނ އެނގޭކަމަށެވެ. މިފަދައިން އާދަމްމަނިކުގެ ފަރާތުން އެދިފައިވަނީ ވަގުތީ އަމުރަށް ޖަވާބުދާރީވުމުގެ ތެރެއިންކަމަށެވެ.
14.2. އިސްތިއުނާފީ ނކުތާގައު ޝަރީޢަތުގެ ޚަރަދަށް ސެކިއުރިޓީ ނަގައިދެވޭނެ ތަނެއް ނެތްކަމުގައި ނިންމާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 251 ވަނަ މާއްދާ ނުބައިކޮށް ތަޠުބީޤުކޮށްގެންކަމުގައި ބަޔާންކުރާއިރު، މަދަނަ އިޖުރާއަތުގެ ޤާނޫނު ތަޠުބީޤުކޮށްފައިވާގޮތް ގޯސްވި ގޮތެއް އާދަމްމަނިކުގެ ފަރާތުން ބަޔާންކޮށްފައިނުވާކމަށެވެ.
14.3. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 251 ވަނަ މާއްދާގައި ސެކިއުރިޓީ ބެހެއްޓުމަށް ދަޢުވާކުރާ ފަރާތުގެ މައްޗަށް އެނގެނީ "އަންނަނިވި ޝަރުޠުތައް" ފުރހަމަވާނަމަކަން ބަޔާންކޮށް، ދަޢުވާކުރާ ފަރާތުގެ ކިބައިން 06 )ހައެއް( ޝަރުޠެއް އެ މާއްދާގައި ބަޔާންކޮށްފައިވާކަމަށާއި، އާދަމްމަނިކުގ ފަރާތުނ ސެކިއުރިޓީއެއް ނަގައިދިނުމަށް އެދި ހުށަހަޅާފައިވަނީ ހަމައެކަނި ފްރަންކީން ޖުޒެއްޕެއަކީ ރާއްޖެއިން ބޭރުގައި ދިރިއުޅް ފަރާތަކަށްވާތީކަމަށާއި، މިނޫން އެއްވެސް ސަބަބެއް ބަޔާންކޮށްފައިނުވާކަމަށެވެ. އަދި އެންމެ ޝަރުޠެއް ފުރިހަމަވި ޙާލަތުގައި އެފަދް އެންގުމެއް އަންގަންޖެހޭ ޤާނޫނީ އަސާސެއް ނުވަތަ އުޞޫލެއް އާދަމްމަނިކުގެ ފަރާތުނ ބުނެދެވިފައިނުވާކަމަށެވެ.
15ފްރަންކީން ޖުޒެއްޕެގެ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރ 144-B1/VA/2023/01 )09 ފެބުރުވަރީ 2023( ވަގުތީ އަމުރު ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް ކަނޑައަޅައްދިނުމަށާއި، މި ވި ގުތީ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތކަމުގައ ކަނޑައަޅައިދިނުމަށެވެ.
16ޕްރިސިޑެންސް 1ވަގުތީ އަމުރު ނެރުމުގައި ޢަމަލުކުރާނެ އުޞޫލުތައް މަދަނީ އިޖުރާއަތުގެ ޤާނޫނުގައް ބަޔާންކުރެއެވެ. ވަގުތީ އަމުރަކީ ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ވަގުތީ ފަރުވާއެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމުގެ ގޮތުން ކޯޓުން ނެރެދޭ ފަރުވާގެ އަމުރެކެވެ. މިގޮތުން ވަކް ކަމެއް ކ ރުމަށް އަންގައި ކުރާ ވަގުތީ އަމުރެއް ނުވަތަ ވަކި ކަމެއް ނުކުރުމަށު އަންގައި ކުރާ ވަގުތީ އަމުރެއް ކޯޓުނ ނެރެވިދާނެކަމުގައ މި ޤާނޫނުގި 242 ވަނަ މާއްދާގެ )ށ( ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ކަނޑައަޅާފައިވެއެވެ.
17ޕްރިސިޑެންސް 2ވަގުތީ އަމުރެއް ނެރުމުގައި ކޯޓުން ބ ލަންޖެހޭ ޝަރުޠުތައް ތަފްޞީލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމަ ކޯޓުގެ ނަންބަރ 2012/SC-A/21 ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިއާ( ވ. އެންޓި ކޮރަޕްޝަން ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު(ގެ 242 ވަނަ މާއްދާގެ )ހ( ކޮމިޝަން ޤަޟިއްޔާގައެވެ. މިގޮތުން މައްސަލައެއްގައި ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވެފައިވޭތޯ ބަލަންޖެހޭ އާންމު 03 )ތިނެއް( ޝަރުޠެއް މި ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެ ޝަރުޠުތަކަކީ:
1. ވަގުތީ އަމުރަށް އެދޭ ފަރާތަކީ، އެފަދަ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނ ގޮތުން ލިބިގެންވާ ފަރާތަކަށްވުމާއި،
2. ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތީނ ހިމާޔަތް ލިބެންޖެހު މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫން މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުމާއި،
3. ވަގުތު އަމުރު ނެރުމަކާ ނުލީ އ އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ތަދާރުކުނުކުރެވޭ ގެއްލުމެއް ނުވަތަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމެވެ. ވަގުތީ އަމުރަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވޭތޯ ބެލުން
18ޕްރިސިޑެންސް 3ވަގުތީ އަމުރަށް އެދުމުގެ ސިފަތު ފްރަންކީން ޖޒެއްޕެއަށް ލިބިގެންވަނީ ކޮން ގޮތަކުންކަން ވަގުތީ އަމުރާއު ގުޅިގެނާ ސިވިލް ކޯޓުން ނިންމް ނިންމުމުގައި އެނގެނި ނެތްކަމުގައި އާދަމްމަނިކުގެ ފަރާތުން ބުނެފައިވާއިރު، ފްރަންކީން ޖުޒެއްޕެއާއި އާދަމްމަނިކުއ ދެމެދާ ތައާގުދީ ގުޅުމެއް އުފެދިފައިވާކަން ވަގުތީ އަމުރް އ ގުޅިގެނި ފްރަންކީން ޖުޒެއްޕެގެ ފަރާތުން ހުށަހަޅާފައިވާ ދެ ފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ ޕަވަރ އޮފް އެޓަރނީއަށ ބެލުމުން އެނގޭކަމާއި، އަދި މި ޕަވަރ އޮފް އެޓަރނީއަކީ ށ.ކަނބާލިފަރާއ ގުޅިގެނި ދެ ފަރާތި ދެމެދް ވެފައިވާ ޕަވަރ އޮފް އެޓަރނީއެއްކަން އެނގެން އޮތްކަމުގައި ވަގުތީ އަމުރު ނެރުމުގައި ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ކަންކަމުން އެނގެއެވެ. ސިވިލް ކޯޓުގެ ނަންބަރު 2023-CVC-112 ޤަޟިއްޔާގެ ނަންބަރު B1/VA/2023/01-114 )09 ފެބުރުވަރީ 2023 ( ވަގުތީ އަމުރު ނެރުމުގައި ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ކަންތައްތަކުގެ 21 ވަނަ ނަންބަރު.
19ށ. ކަނބާލިފަރާގުޅޭ މުޢާމަލާތް ހިނގާދިޔަ ގޮތުގެ މައްޗަށް ބަލާއިރު، ފްރަންކީން ޖުޒެއްޕެއަކީ މި މުޢާމަލާތުގެ ބައިވެރިއެއްކަން ފްރަންކީން ޖުޒެއްޕ އާއް ޢަލީ ޝަރީފްއާ ދެމެދު ވެފައިވާ ޕަވަރ އޮފް 18 17 އެޓަރނީއިންނާއ އަދި ފްރަންކީން ޖުޒެއްޕެއާއި އާދަމްމަނިކުއ ދެމެދާ ވެފައިވާ ޕަވަރ އޮފް އެޓަރނީއިން އެނގޭކަމުގައި ދެކެމެވެ. އަދި ފްރަންކީން ޖުޒެއްޕެއާއި އާދަމްމަނިކުއ ދެމެދާ ތައާގުދީ ގުޅުމެއް އުފެދިފައިވާގޮތް ވަގުތީ އީ މުރު ނެރުމުގައި ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ކަންކަމުގައި ސިވިލް ކޯޓުނ ބަޔާންކޮށްދފައިވާކަމުގައި ދެކެމެވެ. ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢު ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލް ޤާއިމުވެފައިވޭތޯ ބެލުން
20ޕްރިސިޑެންސް 4ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުނ ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަޤާނޫނީ މަރުކަޒެއް އޮތުމުގެ އިހީ ތިމާލު ޤާއިމުވެގެންވާކަމުގައި ބެލެވޭނީ އެ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ހިމާޔަތްކުރ ޤާނޫނާ ގާއިދާއެއް އޮތުމެވެ. މީގެ އިތުރުނުވަގުތީ އަމުރަށް އެދި ހުށަހަޅާ ވަޤާއިޢުތަކަކީ އެފަދަ ޙައްޤެއް ނުވަތެ ޤާނޫނީ މަރުކަޒެއްވާކަމުގެ އިހު ތިމާލު ޤާއިމުވެގެންވާކަމުގައި ކޯޓުން ޤަބޫލުކުރެވޭ މިންވަރުގެ ކާފީ ވަޤާއިޢުތަކަށްވުމެވެ.ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތޭ ން ހިމާޔު ތ ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު އޮތްކަން އެނގިގެންދަނީ އެކަމާ ގުޅޭ ގޮތުން ކޯޓަށް ހުށަހަޅް މައްސަލައިގާ ވާޤިޢާތަކުންނެވެ. އެހެންކަމުން، އެފަދަ ވާޤިޢާއެއް އޮތްކަން ނުވަތަ ނޫންކަން ބަލައި ދެނެގަންނަންޖެހޭނީ ކޮންމެ މައްސަލައެއްވެސް ވަކިން (subjectively) ވަޒަންކުރުމަށް ފަހުއެވެ. 01 މާރިޗު 2014 ގައީ ސޮއިކޮށްފައިވާ ޕަވަރ އޮފް އެޓަރނީއެއްގެ ދަށުން ޢަލީ ޝަރީފަށް ށ. ކަނބާލިފަރު ގުޅިގެނާ ލިބިފައިވާ އެންމެހާ ބ ރުތައްވަނާ ފްރަންކީން ޖުޒެއްޕެއަށ ޙަވާލުކޮށްފައިވާކަން އެނގެއެވެ. ފްރަންކީން ޖުޒެއްޕ އާއެ އާދަމްމަނިކު އާދެމެދު 03 މާރިޗު 2014 ގައި ޕަވަރ އޮފް އެޓަރނީގައި ސޮއިކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/21 )ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިއާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން(
21ސިވިލް ކޯޓަށް ފްރަންކީން ޖުޒެއްޕެގެ ފަރާތުން ހުށަހަޅާފައިވާ މައުޟޫޢީ މައްސަލައަކީ ށ. ކަނބާލިފަރާއި ގުޅޭ ގޮތުން ފްރަންކީން ޖުޒެއްޕެއަށް ޕަވަރ އޮފް އެޓަރނީއަކުން ލިބިފައިވާ އެންމެހާ ބާރުތައް އާދަމްމަނިކުއަށް ދީފައިވުނިކޮށް، އާދަމްމަނިކުއަށް ދީފައިވާ ޕަވަރ އޮފް އެޓަރނީގެ ނާޖާއިޒު ފައިދާ ނަގައިގެން ފްރަންކީން ޖުޒެއްޕެއަށް ނޭނގި، އާދަމްމަނިކުއަށް ހިއްސާވާ ގޮތަށް ކުންފުންޏެއް އުފައްދައި، މަކަރާއި ހީލަތުން ށ.ކަނބާލިފަރު އެ ކުންފުނީގެ ނަމަށް ބަދަލުކޮށްފައިވކަމަށް ބުނާ އާދަމްމަނިކުގެ މައްޗަށ ފްރަންކީން ޖުޒެއްޕ ހުށަހަޅާފައިވާ މައްސަލައަކަށްވާއިރު، ވަގުތީ އަމުރުގެ ޒަރިއްޔާއިން ފްރަންކީން ޖުޒެއްޕެ އެދިފައިވަނީ މައުޟޫޢީ މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް އާދަމްމަނިކުގެ ފަރާތުން ށ.ކަނބާލިފަރގު ސްޓްރަކްޗަރއަށ އެއްވެސް ބަދަލެއެ ނުގެނެއުމަށާއި، މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް އ ރަށުގެ މިލްކުވެރިކަން އެހެން ފަރާތަކަށެބަދަލުނުކުރުމަށާއި، އަދި އ ރަށާއި ގުޅޭ އެއްވެސް ތަސައްރުފެއް ނުކުރުމަށެވެ.
22ށ. ކަނބާލިފަރުގެ ހެޑްލީސް އެގްރީމަންޓް ޓްރާންފަރ ކޮށްފައިވަނީ ޞައްޙަ މުޢާމަލާތްތަކެއްގެ ތެރެއިން ކަމަށް ސިވިލް ކޯޓުގެ ނަންބަރ 55/Cv-C/2015 ޤަޟިއްޔާގައި ކަނޑައަޅާފައިވާތީ، މިކަމާ ގުޅިގެން ދެން ހުށަހެޅޭ މައްސަލަތަކަކީ judicata res ވެފައިވާ މައްސަލައެއްކަމަށާއ، ފްރަންކީން ޖުޒެއްޕެ ހުށަހަޅާފައިވާ މައްސަލައަކީ issue estoppel އަދި collateral estoppel ގެ ދަށުން ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމުގައި އާދަމްމަނިކުގެ ފަރާތުން ބުނެ، މި މައްސަލައިގެ ތެރެއިނެފްރަންކީނ ޖުޒެއްޕު އަށް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލި ފާޅުކަންބޮޑު ގޮތެއްގައި ޤާއިމުވެފައިނުވާކަމުގައ އާދަމްމަނިކުގެ ފަރާތުން ބުނެފައިވެއެވެ.
23ޕްރިސިޑެންސް 5Doctrine of estoppel per rem judicatam ގ ދަށުން ހުށަހެޅި ދަޢުވާ ނުވަތަ ޕްރޮސީޑިންގ ބާޠު ލުކުރެވިދާނެއެވެ. މި ޤާއިދާއަކ ދީ ފަރާތެ ދެމެދް ހިމެނު ވަކި ކަމެއްގެ )ނުވަތަ ކަންތައްތަކެއްގެ( މައްޗަށް ކޯޓުން ނިޔާ ކަނޑައަޅާފައިވާނަމަ، އެ ނިންމުމަކީ އިސްތިއުނާފު މަރުޙަލާގެ ތެރެއިން އެކަމާމެދު ދަޢުވާ ކުރުމުގެ ބޭރުން، އެ ފަރާތްތަކުގެ ނިޔާ ކަނޑައެޅި ކަމަކާ )ނުވަތަ ކަންތައްތަކާއި( ގުޅިގެން، އެ ފަރާތްތަކުގެ މެދުގައި އަލުން ދަޢުވާ ނުކުރެވޭނެކަމަށް ކަނޑައަޅާ ޤާއިދާއެކެވެ.
24Issue estoppel ތަޠުބީޤުކުރެވޭނީ މައްސަލައެއްގެ މުހިންމު ބައެއްގެ ގޮތުގައި ހިމެނޭ ނުކުތާއެއެ، އ ނުކުތެ ހިމެނޭގޮތުން ނުވަތަ އެ މައްޗަށ ބިނާކޮށް ދަޢުވާއެއް ކުރެވި، އެ ނުކުތާއާމެދު ނިންމުމެއް ނިންމާފައިވާނަމަ، އެ ދަޢުވާގައި ހިމެނުނު ފަރާތްތަކުގެ މެދުގައި އުފުލޭ އެހެން ދަޢުވާއެއްގައި، )ކުރިން ގޮތް ކަނޑައެޅުން( ނުކުތާއަކީ އެ މައްސަލައާ ގުޅޭ ނުކުތާއެއް ކަމުގައި ދެކިގެން،އެ ނުކުތާއާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ހުށަހަޅާފައިވާނަމަ، އިޝޫ އެސްޓޮޕަލް މެދުވެރިކޮށް، އެ )ކުރިން ގޮތް ކަނޑައެޅުން( ނުކުތާއާމެދު އަލުން ގޮތް ކަނޑައެޅުން ހުއްޓުވުމަށެވެ. estoppel Collateral އަކީ މައްސަލައިގެ ވާޤިއާއެއް ކުރިން ކޮށްފައިވް ޙުކުމަކުން ކަށަވަރުވެ، އެ ޙުކުމް ނިހާއީވުމަށްފަހު، ފަހުން ކުރެވޭ ދަޢުވާއަކުން ހަމަ އެ ވާޤިއާއާމެދު އިތުރަށް ބަހުސްކުރުން ހުއްޓުވާ ގާއިދާއެކެވެ.
25ވަގުތީ އަމުރު އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ ބޭނުމަށް މަތީގައިވާ ކަންކަންމ މައްސަލައަށު ތަޠުބީޤުކުރާއިރު، ސިވިލް ކޯޓުގެ ނަންބަރ 55/Cv-C/2015 ޤަޟިއްޔާގެ މައުޟޫއާއ އެދިފައިވާ ކަންކަމާއި، ފްރަންކީން ޖުޒެއްޕގެ ފަރާތުން ހުށާހަޅާފައިވ 112-CVC-2023 ޤަޟިއްޔާގައި އެދިފައިވީ މައުޟޫޢީ ޙައްޤާއި އަދި ފަރުވާއާ ތަފާތުކަން މަތިމަތިން ބެލުމުން އެނގެއެވެ.މިހެން މި ފާހަގަކުރަނީ އާދަމްމަނިކުއަށް ފްރަންކީން ޖުޒެއްޕެ ދީފައިވާ ޕަވަރ އޮފް އެޓަރނީގެ ނާޖާއިޒު ފައިދާ ނަގައިގެން ފްރަންކީން ޖުޒެއްޕެއަށް ނޭނގި، އާދަމްމަނިކުއަށް ހިއްސާވާ ގޮތަށް ކުންފުންޏެއް އުފައްދައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 )ބަނީ ހޯލްޑިންގްސް )ބީ.ވީ.އައި( ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ )ދައުލަތް(( ޤަޟިއްޔާގެ 12 ވަނަ ނުކުތާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 )ބަނީ ހޯލްޑިންގްސް )ބީ.ވީ.އައި( ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ )ދައުލަތް(( ޤަޟިއްޔާގެ 13.1 ވަނަ ނުކުތާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/91 ) މުސްތަފާ މުޙައްމަދުދީދީ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާގެ 49 ވަނަ ނުކުތާ މަކަރާއި ހީލަތުން ށ. ކަނބާލިފަރު އެ ކުންފުނީގެ ނަމަށް ބަދަލުކޮށްފައި ވާކަމަށް ފްރަންކީން ޖުޒެއްޕެ އުފައްދާ ދަފްޢުއާމެދު ސިވިލް ކޯޓުގެ ނަންބަރ 55/Cv-C/2015 ޤަޟިއްޔާގައ ވަކި ގޮތެއް ކަނޑައަޅައި، އެކަން ފައިސަލާކޮށްފައިނުވާތި އާއި، މި ދެ ޤަޟިއްޔާގައި ހިމެނޭ ޚަޞްމުންވެސް ތަފާތުވުމުންނެވެ. އެހެންކަމުން، މި ސަބަބަށްޓަކައެފްރަނޭ ކީން ޖުޒެއްޕީއަށް ލިބެންޖެހޭ މައުޟޫޢުޙައްޤެއ ނުވަތް ޤާނޫނަ މަރުކަޒެއް އޮތުމުގެ އިހުތިމާލް ފާޅުކަންބޮޑު ގޮތެއްގައި ޤާއިމުވެފައިނުވާކަމަށ އާދަމްމަނިކުގެ ފަރާތުން ބުނާ ބުނުމުގެ އަސާސެއް އޮތްކަމުގައި ނުދެކެމެވެ.
26މައުޟޫޢް ދަޢުވީ ސާބިތުކުރުމަށްޓަކައި ފްރަންކީން ޖުޒެއްޕެގެ ފަރާތުނ ސިވިލް ކޯޓަށް ހެކި ހުށަހަޅާފައިވެއެވެ. ފްރަންކީން ޖުޒެއްޕެގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ފުރަތަމަ ނަޒަރުން ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 2023-CVC-112 ޤަޟިއްޔާއާ ގުޅިގެން އާދަމްމަނިކުގެ ފަރާތުން ކޯޓުގެ އިޚްތިޞާޞާމެދު އިޢުތިރާޟުކޮށް އެ މައްސަލައަކީ ރެސް ޖުޑިކާޓާގެ ދަށުން ސިވިލް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއް ނޫންކަމަށް ބުނެފައިވެއެވެ. އެ އިޢުތިރާޟާއި ގުޅިގެނަ އެ މައްސަލަ ކުރިއަށް ގެންދިޔުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރ 144-B1/IN/2023/01 )08 ފެބުރުވަރީ 2023( "އިޚްތިޞާޞާމެދު ނިންމިގޮތް" އިން އެނގެ އެވެ. އަދި ސިވިލް ކޯޓުގެ އެނިންމުނ އާދަމްމަނިކުގެ ފަރާތުން އިސްތިއުނާފުކޮށްފައިނުވެއެވެ. 01 މާރިޗު 2014 ގައާ ޢަލީ ޝަރީފްގެ ފަރާތުން މިނިސްޓަރ އޮފް ޓޫރިޒަމްއަށް ފޮނުވާފައިވާ “Re: Power of Attorney with Respect to the Island of Kan’baalifaru in Shaviyani” ސިޓީ، 01 މާރިޗު 2014 ގައި ޢަލީ ޝަރީފްގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ފޮނުވާފައިވާ “Re: Power of Attorney with Respect to the Island of Kan’baalifaru in Shaviyani” ސީޓީ، 04 މާރިޗު 2014 ގައި ފްރަންކީން ޖުޒެއާ ޕީ ގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ފޮނުވާފައިވާ of island the regarding Attorney of Power of Transfer “Re: Shaviyani Kan’baalifaru” ސިޓީ، 06 މާރިޗު 2014 ގައި ޢަލީ ޝަރީފްގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ފޮނުވާފައިވާ ސިޓީ، ފްރަންކީނ ޖުޒެއްޕ އާއެ އާދަމްމަނިކު އާ ދެމެދު ސޮއިކޮށްފައިވާ ޕަވަރ އޮފް އެޓަރނީ، 18 މާރިޗު 2014 ގައި މިނިސްޓްރީ އޮފް ޓޫރިޒަމް އިން ފްރަންކީން ޖުޒެއްޕެއަށް ފޮނުވާފައިވާ ސިޓީ، 31 އޮގަސްޓް 2014 ގައި އާދަމްމަނިކުގެ ފަރާތުން މިނިސްޓަރ އޮފް ޓޫރިޒަމްއަށް ފޮނުވާފައިވާ ސިޓީ، 10 ސެޕްޓެންބަރު 2014 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްއިން އާދަމްމަނިކުއަށް ފޮނުވާފައިވާ ސިޓީ، 06 އޮކްޓޫބަރު 2014 ގައި އާދަމްމަނިކުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ފޮނުވާފައިވާ މެއިލް، 06 އޮކްޓޫބަރު 2014 ގައް ކަނބާ ލިފަރު ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް އިން ފޮނުވާފައިވާ މެއިލް، 23 އޮކްޓޫބަރު 2014 ގައި މިނިސްޓްރީ އޮފް ޓޫރިޒަމް އިން އާދަމްމަނިކުއަށް ފޮނުވާފައިވާ ސިޓީ، 30 ނޮވެންބަރު 2014 ގައި ފްރަންކީން ޖުޒެއްޕެގެ ފަރާތުންމިނިސްޓްރީ އޮފް ޓޫރިޒަމްއަށް ފޮނުވާފައިވާ ސިޓީ، 01 ޑިސެންބަރު 2014 ގައި މިނިސްޓްރީ އޮފް ޓޫރިޒަމް އިން ފްރަންކީން ޖުޒެއްޕެއަށް ފޮނުވާފައިވާ ސިޓީ، މިނިސްޓްރީ އޮފް ޓޫރިޒަމްގެ Transfer” Lease Resort Tourist for “Application، ނޯތް ވިކްޓޯރިއާ ޕްރައިވެޓް ލިމިޓެޑްގެ "ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަން" އަދި އެ ކުންފުނީގެ 02 ޑިސެންބަރު 2012 ގެ ބޯޑް ރިޒޮލިއުޝަން، ޢަލީ ޝަރީފް އާއި ނޯތް ވިކްޓޯރިއާ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ “Sale and purchase agreement”، ކަނބާލިފަރު ޑެވެލޮޕްމަންޓ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2014/01 ރިޒޮލިއުޝަން، 16 އޮކްޓޫބަރު 2014 ގައް ޢަލީ ޝަރީފްގެ ފަރާތުން މިނިސާ ޓްރީ އޮފް ޓޫރިޒަމްއަށް ފޮނުވާފައިވާ ސިޓީ، ޢަލީ ޝަރީފް، އާދަމްމަނިކު އަދި ކަނބާލިފަރު ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ “Head lease transfer of Shaviyani Kanbalifaru”، 17 ޑިސެންބަރު 2014 ގައި ޢަލީ ޝަރީފްގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ފޮނުވާފައިވާ ސިޓީ، 31 ޑިސެންބަރު 2014 ގައި މިނިސްޓްރީ އޮފް ޓޫރިޒަމް އިނ ޢަލީ ޝަރީފްއަށް ފޮނުވާފައިވާ ސިޓީ، 04 ޖަނަވަރީ 2015 ގައި ޢަލީ ޝަރީފްގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ފޮނުވާފައިވާ ސިޓީ، 07 ޖަނަވަރީ 2015 ގައި ކަނބާލިފަރު ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް އިނ މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ފޮނުވާފައިވާ ސިޓީ. ފްރަންކީން ޖުޒެއްޕެގެ ފަރާތުން އުފައްދާ މައިގަނޑު ޖަދަލަކީ ފްރަންކީން ޖުޒެއްޕެގެ ފަރާތުން އާދަމްމަނާ ކުއަށި ދީފައިވާ ޕަވަރ އޮފް އެޓަރނީގެ ނާޖައިޒު ފައިދާ ނަގައިގެން ފްރަންކީން ޖުޒެއްޕެއަށް ނޭނގި، އާދަމްމަނިކުގެ ހިއްސާ އޮންނަ ގޮތަށް ކުންފުންޏެއް އުފައްދައި، ށ. ކަނބާލިފަރު އެ ކުންފުނީގެ ނަމަށް ބަދަލުކޮށްފައިވާކަމުގެ ދަފްޢުކަމަށްވާއިރު، ފްރަންކީން ޖުޒެއްޕެގ ފަރާތުން ހުށަހެޅި ޖަދަލަކީ ފުރަތަމަ ނަޒަރުން ބަލާއިރު، ކުރެވިދާނެ ޖަދަލެއް ކަމުގައި ދެކެމެވެ. ތަދާރުކުނުކުރެވޭ ގެއްލުމެއް ނުވަތަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތްތޯ ބެލުން
27ޕްރިސިޑެންސް 6ވަގުތީ އަމުރުނެރުމަކާ ނުލައި އަސްލު މައުޟޫޢޮދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ތަދާރުކުނުކުރެވޭ ގެއްލުމެއް ނުވަތަ ކުރިމަތިވެދާނެ ނުރައްކަލެއް އީތ ކަމުގައް ބެލެވޭނީ، މައުޟޫޢީ ދަޢުވާ އާދައިގެ އިޖުރާއަތުގެ ދަށުން ފުރިހަމަކޮށްފިނަމަ، ތަދާރުކު ނުކުރެވޭފަދަ އަދި އިއާދި ނުކުރި ވޭފަދަ ނުރައްކަލަކާއެ އަދ ގއ ލުމަކާއި އެ ދަޢުވާއާއި ގުޅިގެން ވަގުތީ އަމުރަށް އެދުނު ފަރާތުން ކުރިމަތިލާން ޖެހުމެވެ.އެހެން ގޮތަކަށް ބަޔާންކުރާނަމަ، މިއީ ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ.ނުވަތަ އިސްލާޙު ނުކުރެވޭފަދަ ގެއްލުމެކެވެ.
28ވަގުތީ އަމުރަކަށް އެދުމުން، މައްސަލައިގެ މައި މައުޟޫއާމެދު ގޮތެއް ކަނޑައެޅުމަކާ ނުލައި، މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ލިބިދާނެ ގެއްލުމުގެ މައްޗަށް ބަލައި، އެފަދަ ގެއްލުމެއް ލިބޭކަމުގައިވާނަމަ، ނުވަތަ އިއާދަނުކުރެވޭ މިންވަރުގެ ގެއްލުމެއް ލިބިދާނެކަމުގައި ދެކޭނަމަ، އާންމު އުޞޫލެއްގެ ގޮތުން އޮތް ޙާލަތަށް އޭގެ ޒާތުގައި ބަދަލެއްނުގެނައުމަށް އިސްކަންދީ، ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ މައްޗަށް ވަގުތީ އަމުރު ނެރުމާއިއެކ ގޮތެއު ނިންމިގެންދެއެވެ. އ ނިންމުމަކީ މައްސަލައިގެ މައުޟޫޢުގައި ގޮތްނިންމުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 )ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިއާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން( ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/43 ) ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޞަދީފް( ޤަޟިއްޔ ބަލާ މިންގަނޑަށް ހެކިތައް ހުށަހަޅައި، އެ ހެކިތައް ވަޒަންކޮށް ނިންމާ ނިންމުމުގެ ބަދަލުގައި އަދި ޝަރީޢަތުގައި މައްސަލައިގެ މައުޟޫއުގައި ހެކި ވަޒަންކޮށް ފައިސަލާކުރަންޖެހޭ މިންވަރަށް އޭގެ ތެރެއަށް ވަނުމުގެ ބަދަލުގައި، މަތި މަތިން އެ ވަގުތު ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ މައްޗަށް އިއާދަނުކުރެވޭ ގެއްލުމެއް ނުވަތަ އޮތް ނުރައްކަލެއް ފޫބެއްދުމަށް އިސްކަންދީ، ނިންމާ ނިންމުމެކެވެ.
29މި ނުކުތާގައި އާދަމްމަނިކުގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/101 އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓުގައި މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކަށް ލިބިދާނެ ގެއްލުން ވަޒަންކުރަންޖެހޭނެ ކަމުގައި ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުމުގައި ކަނބާލިފަރު ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑގް ބަހެއް ހޯދާފައިނުވާކަމަށާއި، އަދި ކަނބާލިފަރު ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް ލިބިދާނެ ގެއްލުން ވަޒަންކޮށްފައިނުވާކަމުގައެވެ.
30ޕްރިސިޑެންސް 7މިފަދައިން އާދަމްމަނިކުގެ ފަރާތުން ބުނިނަމަވެސް، ވަގުތީ އަމުރާއި ގުޅިގެން އާދަމްމަނިކުގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެ ވަގުތު ދެނެގަނެވެން ހުރި ވަޤާއިޢުތަކުން އެނގެން އޮތްގޮތުގެ މައްޗަށް ވަގުތީ އަމުރު ނެރެދީފިނަމަ އާދަމްމަނިކުއަށް ލިބިދާނެ ގެއްލުމާއި، ވަގުތީ އަމުރު ނެރެނުދީފިނަމަފްރަންކީން ޖުޒެއްޕއަށެ ލިބިދާނެ ގެއްލުމާއި، އަދި ޚުޞޫމަތް އުފެދިފައިވާ ރަށުގެ މައްޗަށް ތިންވަނަ ފަރާތެއްގެ ޙައްޤު އުފަންވެއްޖެނަމަ މައުޟޫޢީ ދަޢުވާގައި ގޮތެއް ކަނޑައަޅާއިރު އެ ތިންވަނަ ފަރާތަށް ލިބިދާނެ ގެއްލުން ވަޒަންކުރުމަކީ އުދަނގޫކަމެއް ކަމުގައިވާނެކަމާއި، އަދި މިކަންކަމަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/305 ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމް މަނިކު ޤަޟިއްޔާގައިވާ ގޮތުގެ މަތިން ކޯޓުން ބަލަންޖެހޭނީ މައްސަލަ ހުށަހެޅުނުއިރއޮތު ޙާލަތު ދެމެހެއްޓުމަށް ކަމުގައި ކަނޑައަޅާފައިވެއެވެ.
31އެހެންކަމުން، އެއިރު މި މައްސަލައާ ގުޅިގެން ސާފުވެފައިވާ ވަޤާއިޢުތަކުގެ މައްޗަށް ބަލައި، ތިންވަނަ ފަރާތެއްގެ ހައިސިއްޔަތުން ކަނބާލިފަރު ޑިވެލޮޕްމަންޓްޕްރައިވެޓް ލިމިޓެޑަށް ލިބިދާނެ ގެއްލުން ވަޒަންކޮށްފައިނުވާކަމަށް ބެލުމުގެ ފުރުޞަތު އޮތްކަމުގައި ނުދެކެމެވެ.
32އެހެންކަމުން، ވަގުތީ އަމުރާއި ގުޅިގެން އިސްވެ ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރ 144-B1/VA/2023/01 )09 ފެބުރުވަރީ 2023 ( "ވަގުތީ އަމުރު" ބާޠިލުކުރަންޖެހޭ ފަދަ ސަބަބެއް ނެތް ކަމުގައި ދެކެމެވެ. ޝަރީޢަތުގެ ޚަރަދުތަކަށް ސެކިއުރިޓީ ނެގުމާ ގުޅޭ އުޞޫލުތައް
33ވަގުތީ އަމުރާއި ގުޅޭ ގޮތުން އާދަމްމަނިކުގެ ފަރާތުން ސިވިލް ކޯޓް ގައު ރައްދު ދެމުން ސެކިއުރިޓީއެއް ބެހެއްޓުމަށް ފްރަންކީން ޖުޒެއްޕެގެ މައްޗަށްއަމުރުކުރުމަށް އާދަމްމަނިކުގެ ފަރާތުން އެދިފައިވެއެވެ. މިފަދައިން އާދަމްމަނިކްގެ ފަރާތުން އެދިފައިވަނީ 02 ފެބުރުވަރީ 2023 ގައު ވަގުތީ އަމުރާއި ގުޅޭ ގޮތުން ބޭއްވުން އަޑުއެހުމުގައިކަމަށާއި، ފްރަންކީން ޖުޒެއްޕެ އަކީ އާންމުކޮށް ދިވެހިރާއްޖޭގައި އުޅޭ ފަރާތަކަށްނުވާތީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 251 ވަނަ މާއްދާގެ )ބ( ގެ )1( ވަނަ ނަންބަރުގައި ވ ޝަރުޠާ ފުރިހަމަވާތީ، ފްރަންކީން ޖުޒެއްޕެ ގެ ކިބައިން -100,000/ރ. )އެއްލައްކަރުފޔި ( ނަގައިދިނުމަށެވެ.
34މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 251 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގެ ޚަރަދުތަކަށް ސެކިއުރިޓީއެއް ބެހެއްޓުމުގެ އަމުރަކަށް އެދި ވަކި އެޕްލިކޭޝަނެއް ހުށަހަޅަންޖެހޭނެކަމަށާއި، ޝަރީޢަތުގެ ޚަރަދުތަކަށް ސިވިލް ކޯޓުގެ ނަންބަރު 2023-CVC-112 ޤަޟިއްޔާގެ ނަންބަރު B1/VA/2023/01-114 )09 ފެބުރުވަރީ 2023 ( ވަގުތީ އަމުރު ނެރެ މުގައ ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ކަންތައްތަކުގެ 6.3.3 އަދި 6.4 ނުކުތާ ސެކިއުރިޓީއެއް ބެހެއްޓުމުގެ އަމުރަކަށް އާދަމްމަނިކުގެ ފަރާތުން އެދިފައިވަނީ ވަގުތީ އަމުރާއި ގުޅިގެން ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައިކަމަށާއި، އަދި އެ ހުށަހެޅުމާއިއެކު އެ ހުށަހެޅުމަށް ބާރުދޭ ހެކި ހުށަހަޅަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވީނަމަވެސް، އާދަމްމަނިކުގެ ފަރާތުން ހުށަހެޅި ހުށަހެޅުމާއިއެކު، އެ ހުށަހެޅުމަށް ބާރުދޭ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާތީ، ވަގުތީ އަމުރާއި ގުޅިގެން ސެކިއުރިޓީ ބެހެއްޓުމަށް ފްރަންކީން ޖުޒެއްޕެގެ މައްޗަށް އަމުރުކުރަންޖެހޭ ތަނެއް ނެތްކަމުގައި ސިވިލް ކޯޓުން ކަނޑައަޅާފައިވެއެވެ.
35ޕްރިސިޑެންސް 8ޝަރީޢަތުގެ ޚަރަދަކީ މަދަނީ ދަޢުވާއެއް ކާމިޔާބުކުރާ ފަރާތަކަށް، އެ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ކޯޓުން ނަގައިދޭ ޝަރީޢަތުގެ ޚަރަދެވެ. ޝަރީޢަތުގެ ޚަރަދުތަކަށް ދަޢުވާކުރާ ފަރާތުގެ ކިބައިން ސެކިއުރިޓީއެއް ބެހެއްޓުމަށް އަންގައި ކުރާ އަމުރެއްނެރެދިނުމަ ށއެދި ދަޢުވާލިބޭ ފަރާތަށް ހުށަހެޅިދާނެއެވެ. އަދި މިފަދައިން ހުށަހަޅާ ހުށަހެޅުމަކާއެކު، އެ ހުށަހެޅުމަކަށް ބާރުދޭ ހެކި ހުށަހަޅަންވާނެ ކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 251 ވަނަ މާއްދާގެ )ހ( އަދި )ށ( ގައި ބަޔާންކުރެއެވެ.
36ޝަރީޢަތުގެ ޚަރަދުތަކަށް ސެކިއުރިޓީއެއް ބެހެއްޓުމަށް ދަޢުވާކުރާ ފަރާތުގެ މައްޗަށް އެންގޭނީއަންނަނިވ ޝަރުޠުތައް ފުރިހަމަވާނަމަ ކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 251 ވަނަ މާއްދާގެ )ބ( އިން އެނގެއެވެ. އެ މާއްދާގައިވަނީ؛ )1( ދަޢުވާކުރާ ފަރާތް ޢާންމުކޮށް ދިރިއުޅެނީ ދިވެހިރާއްޖޭއިން ބޭރުގައިކަމަށްވުން؛ ސިވިލް ކޯޓުގެ ނަންބަރު 2023-CVC-112 ޤަޟިއްޔާގެ ނަންބަރު B1/VA/2023/01-114 )09 ފެބުރުވަރީ 2023 ( ވަގުތީ އަމުރު ނެރުމުގައި ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ކަންތައްތަކުގެ 22-24 ނުކުތާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 30 ވަނަ މާއްދާ )2( ދަޢވާކުރު ފަރާތަކާ ޤާނޫނީ ޝަޚްޞަކަށްވެފައި، ދަޢުވާލިބޭ ފަރާތުން ކުރަންޖެހުނު ޚަރަދުތައް ދެއްކުމަށް އަމުރުކޮށްފިނަމަ، އެ ޚަރަދުގެ ފައިސާ އެ ޤާނޫނީ ޝަޚްޞަށް ނުދެއްކޭނެ ކަމުގައި ޤަބޫލުކުރެވ ސަބަބުތަކެއް ހުރުން؛ )3( ދަޢުވާގެ އަޑުއެހުންތައް ފެށުމަށްފަހު، އެ ދަޢުވާގެ ނަތީޖާއިން ބަރީޢަވުމުގެ ބޭނުމުގައި، ދަޢުވާކުރާ ފަރާތުން އެފަރާތުގެ އެޑްރެސް ބަދަލުކޮށްފައިވުން؛ )4( ދަޢުވާ ފޯމުގައި ދަޢުވާކުރާ ފަރާތުގެ އެޑްރެސް ބަޔާންކޮށްފައި ނެތުން، ނުވަތަ ރަނގަޅު ނޫން އެޑްރެހެއް ބަޔާންކޮށްފައި އޮތުން؛ )5( ދަޢުވާކުރާ ފަރާތުން ދަޢުވާކޮށްފައިވަނީ ތިންވަނަ ފަރާތެއްގެ ފައިދާއަށުކަމުގައިވެފައި، ދަޢުވާލިބޭ ފަރާތުން ކުރަންޖެހުނު ޚަރަދުތައް ދެއްކުމަށް ދަޢުވާކް ރ ފަރާތުގާ މައްޗަށ އަމުރުކޮށްފިނަމަ، އެ ޚަރަދުގެ ފައިސާ އެ ފަރާތަށް ނުދެއްކޭނެ ކަމުގައި ޤަބޫލުކުރެވޭ ސަބަބުތައް ހުރުން؛ )6( ދަޢުވާކުރާ ފަރާތުގެ މުދަލާމެދު އެ ފަރާތުން އަޅާފައިވާ ފިޔަވަޅުތަކަކީ، ދަޢުވާލިބޭ ފަރާތުން ކުރަންޖެހުނު ޚަރަދުތައް ދެއްކުމަށް އ ފަރާތުގެ މައްޗަށް ކުރާ އަމުރެއް ތަންފީޛުކުރުމަށް ދަތިވާފަދަ ފިޔަވަޅުތަކަކަށްވުން؛ މިއެވެ.
37ޕްރިސިޑެންސް 9ޝަރީޢަތުގެ ޚަރަދުތަކަށް ސެކިއުރިޓީ ބެހެއްޓުމުގެ އަމުރަކަށް އެދޭ ގޮތް، ގަވާއިދު ނަންބަރ 2022/R-105 )ސިވިލ ކޯޓުގް މަދަނީ އިޖުރާއަތުގެ ގަވާއިދު( ގ 114 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިގޮތުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 251 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެފަދަ އަމުރެއް ހޯދުމަށް އެދޭނީ އ ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 32 އިން ކަން ބަޔާންކުރެއެވެ.
38މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން، ނުވަތަ އެ ޤާނޫނުގައިވާ ކަންކަން ތަރުތީބުކުރުމަށް އެ ޤާނޫނުގެ އިމުގެ ތެރެއިން ހަދާ ގަވާއިދެއްގެ ދަށުން، ވަކި ކަމަކަށް އެދުމަށް ފޯމެއް ތަޢާރަފުކޮށްފައިވާނަމަ، އަދ އެކަމަކަށް އެދެންވާނީ ފޯމުން ކަމަށް ބަޔާންކުރާނަމަ، އެކަމަކަށް އެދެންވާނީ އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމުން ކަމުގައް ދެކެމެވ . އެހެނީ، ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ކަނޑައަޅާފައިވާނަމަ، އެކަމަށް އިސްތިސްނާއެއް ދެވިފައިނުވާ ޙާލަތުގައި، ޤާނޫނުގައި ނުވަތަ ގަވާއިދުގައި އެކަން ކުރުމަށް ކަނޑައަޅާފައިވާ ގޮތަށް އެކަން ކުރަންޖެހޭނެތީއެވެ.
39މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 251 ވަނަ މާއްދާގެ )ބ( ގައި ޝަރީޢަތުގެ ޚަރަދުތަކަށް ސެކިއުރިޓީއެއް ބެހެއްޓުމަށް ދަޢުވާކުރާ ފަރާތަށް އެންގޭނީ އެ މާއްދާގައިވާ އަކުރުތަކުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވެގެންކަން އެ މާއްދާގެ ޢާންމު މާނައަށް ބެލުމުން އެނގެއެވެ.ފްރަނީކީން ޖުޒެއްޕް އަކިރާއްޖޭއިން ބޭރުގައި އުޅޭ ފަރާތަކަށްވިޔަތީ ޝަރީޢަތުގެ ޚަރަދުތަކަށްފްރަންކީން ޖުޒެއްޕެ ގ ފުށުން ސެކިއުރިޓީއެއް ނަގަންޖެހޭނެކަމުގައި އާދަމްމަނިކުގެ ފަރާތުގެ ބުނެފައިވާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 251 ވަނަ މާއްދާގެ )ބ( ގައި ބަޔާންކުރާ އިތުރު ޝަރުޠުތައްފްރަންކީން ޖުޒެއްޕެ ގ ކިބައިން ފުރިހަމަވާގޮތެއް އާދަމްމަނިކުގެ ފަރާތުން ބަޔާންކޮށްދީފައެއްނުވެއެވެ. ޚާއްޞަކޮށް، މި ބާވަތުގެ އަމުރަކަށް އެދި ހުށަހަޅާއިރު ޤާނޫނުން ލާޒިމުކުރާ، މި ހުށަހެޅުމަށް ބާރުދޭ ހެއްކެއް އާދަމްމަނިކުގެ ފަރާތުން ހުށާހަޅާފައެއްނުވެއެވެ. އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 251 ވަނަ މާއްދާގެ )ބ( ގައި ބަޔާންކުރާ ޙާލަތެއް ނުވަތަ ޙާލަތްތަކެއމް މައްސަލައިގައި އޮތްކަމަށް ބަލަންޖެހޭފަދަ ހުއްޖަތެއްވެސް އާދަމްމަނިކުގެ ފަރާތްތަކުން ހުށަހަޅާފައެއްނުވެއެވެ.
40އެހެންކަމުން،ޝަރީޢތުގަ ޚަރަދުތަކަށް ސެކިއުރިޓީއެއް ބެހެއްޓުމަށް އަންގާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރ 144-B1/VA/2023/01 )09 ފެބުރުވަރީ 2023( "ވަގުތީ އަމުރު" ގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 251 ވަނަ މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށްނޫންކަމުގައި ބަލާނެ އަސާސެއް އޮތްކަމުގައި ނުދެކެމެވެ.
41ފަނޑިޔާރު ޙުޒައިފާ މުޙައމަދް ގ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
42ފަނޑިޔާރު ޙުޒައިފާ މުޙައް މ ދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
43މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތު ނިމުން ގޮތުގު ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32(ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ނ(
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 242 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ 1 ވަނަ އަދި 2 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 251 ވަނަ މާއްދާގެ (ހ)، (ށ) އަދި (ބ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 30 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 ވަނަ މާއްދާ އަދި 284 ވަނަ މާއްދާ (އިސްތިއުނާފުގެ އިޖުރާއަތު)
- ގަވާއިދު ނަންބަރު 2022/R-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) ގެ 114 ވަނަ މާއްދާ އަދި ޖަދުވަލުގެ ފޯމު 32
- ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 115 ވަނަ މާއްދާގެ (ނ)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2020/SC-A/101 (އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2021/SC-A/43 (ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޞަދީފް)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2016/SC-A/25 (ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ) ގެ 12 އަދި 13.1 ވަނަ ނުކުތާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2020/SC-A/91 (މުސްތަފާ މުޙައްމަދުދީދީ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ގެ 49 ވަނަ ނުކުތާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ 2018/HC-A/305 (ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމް މަނިކު)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އަޙްމަދު މުރާދު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޙަސަން ފަލާޙް
- ބެންޗު
- ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، އިސްފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް